#Article 1: ދިވެހިރާއްޖެ (1405 words)


ދިވެހިރާއްޖެ، ރަސްމީ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑު ގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ޤައުމެކެވެ. ދިވެހިރާއްޖޭ ގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯމޭލެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައިވާ މިނިވަންވެފައި ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެއް ޤައުމެވެ. އަދިހަމައެއާއެކު 427,756ގެ ކުޑަ އާބާދީ އަކާއެކީ ދިވެހިރާއްޖެއަކީ އޭޝިޔާގައިވާ އެންމެ ކުޑަ ޤައުމުވެސްމެއެވެ

އިތިހާސީ ފޮތްތަކުގައި ވަރަށް ކުޑަކޮށް ލިޔެފައިވި ނަމަވެސް، ރާއްޖޭގައި 1400 އަހަރަށް ދެމިގެންދިޔަ ބުދިސްޓު ޒަމާނަކީ ރާއްޖޭގެ އިތިހާސްގެ ބިންގަލެވެ. އެއީ މިޒަމާނާއި ހަަމައަށް ދެމިގެން އައިސްފައިވާ ދިވެހި ބަހާއި ސަގާފަތް އުފެދިގެން އައީ މިޒަމާނުގައިވާތީއެވެ. ދިވެހިބަހާއި، ފުރަތަމައަށް ދިވެހިބަސް ލިޔަން ގެންގުޅުނު އެވޭލާ އަކުރު، އަދި ދިރިއުޅުން ފެށުނީ ރާއްޖޭގައި ބުދިސްޓު ރަސްކަން އޮތްވައެވެ.

ދިވެހިރާއްޖެއަށް ބުދިޒަމްގެ ދީން ފެތުރިގެން އައީ ހިންދުކަރައިގެ ރަދުން އަޝޯކާގެ ރަސްކަމުގައި މީލާދީ ސަނަތުން 3ވަނަ ގަރުނު ބީސީއީ ގައި ކަމަށް ބެލެވެއެވެ. އޭރު ދިވެހީންގެ ތެރޭގައި ބުދިޒަމް އާންމުވެ ރާއްޖޭގެ 1400 އަހަރުގެ ބުދިސްޓު ޒަމާން ފެށުނެވެ.

ޖިއޮލޮގިކަލް ގޮތުން ދިވެހިރާއްޖޭ ގެ އަތޮޅުތަކާއި ރަށްތަކާއި ފަރުތައް އުފެދިފައިވާ ގޮތާއި އެ ތަންތަނުގެ ހަގުދޮށިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދި ބެލިފައިވާ ކަމެއް އެނގިފައެއް ނެތެވެ. މިކަމަށް ދިރާސާއެއް ފުރަތަމަ ކުރެއްވި ކަމަށް ވަނީ ރޮބަރޓްސް މޮރެސްބީއެވެ. އެއީ 1834 މ. އިން 1836 މ. އަށެވެ. އެއީ ރާއްޖޭގެ ކަނޑުތައް ސަރވޭކޮށް ޗާޓުކުރެހުމަށް އޭނާ އުޅުނު ދުވަސްވަރުއެވެ. އޭގެ ފަހުން ޖޭ.އިސްޓެންލީ ގަރޑިނަރ އެވެ. އެއީ 1899 މ. ވަނަ އަހަރުގައެވެ. އޭގެ ފަހުން 1902 މ. ވަނަ އަހަރު އުސްތާޒު އޭ. އެގަޒީސް އެވެ. މީގެ ފަހުންވެސް ބައެއް ހޯދުންތެރިން ކޮންމެ ވެސް ވަރެއްގެ ހޯދުންތަކެއް ހޯދާފައިވެއެވެ. މި ހޯދުންތަކުގެ ތެރޭގައި މިސުރުގެ އަލްމަބާޙިޘްގެ ޓީމު ގެ މަސައްކަތާއި ޔުނެސްކޯ ގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ގޮތުން ހިންދު ކަނޑު ސާވޭ ކުރަން ފެށިފައިވާ މަސައްކަތް ހިމެނެއެވެ. އެ ސާވޭ ފުރިހަމަ ވާއިރު ދިވެހިރާއްޖެ އާ ބެހޭ ވަރަށް ގިނަ ހޯދުންތައް ހޯދި ފުރިހަމަ ވެފައި ވާނެ ކަމަށް ފެނެއެވެ. 

ރާއްޖޭގެ އަތޮޅު ތަކާއި ރަށްތައް އުފެދިފައިވާ ގޮތާ މެދު މަހާއިލްމުވެރިއެއް ކަމަށްވާ ޑަރވިން ނަޒަރިއްޔާ ތަކެއް ފައުލޫކޮށްފައިވެއެވެ. އެކަމާ މެދު ޖިއޮލޮގިސްޓުންނާއި އިލްމުދާނުންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދިފައިވެއެވެ. އެބައެއްގެ ނަޒަރުގައި އަތޮޅުތަކާއި ރަށްތައް އުފެދިފައި އޮތީ ވަރަށް ކުރީ ޒަމާނެއްގައި ހިންދު ކަނޑު އޮތް ބޮޑު އަތޮޅަކަށް މެދުވެރިވި ޖިއޮލޮޖިކަލް ހާދިސާ އަކަށް ފަހު ދެން އައި ޒަމާނެއްގައި އެ އަތޮޅު ގިރެމުން ގޮސް އަތޮޅުގެ ބައެއް ތަންތަން ކަނޑުގެ ސަތުހުން އަޑިއަށް ގެނބިފައިވަނިކޮށް އެ އަތޮޅުގެ ބެޑްރޮކުގައި އަލުން މުރަކަ ހެދި ދިރެމުން ބޮޑުވަމުން އައިސް އެކިއެކި ސިފައިގެ ގިރި ފަޅުތައް މައްޗަށް އުފުލި އެ ތަންތާގައި ރަށްތައް އުފެދި އަތޮޅުތަކަށް ވީއެވެ. 

އަނެއް ބައެއްގެ ނަޒަރުގައި ކަނޑުގެ އަޑީގެ ބެޑްރޮކް ގިނިފަރުބަދީ ހަރަކާތްތަކަކުން އުފުލި ކަނޑުގެ ސަތުހުން މައްޗަށް އެރި ތަންތާގައާއި ދެ ފެންދޭތެރެއަށް އުފުލުނު ތަންތަނުގައި މުރަކަ ފަދަ ތަކެތި އުފެދި ދިރެމުން އައިސް ފަރު (ރިންގް) އުފެދި އެ ފަރުތަކުގެ ދުނީގައާއި ރިންގު ތަކުގެ އެތެރޭ ބައިގާ (އަތޮޅުތެރެ) ރަށްރަށް އުފެދި އަތޮޅުތައް އުފެދޭ ގޮތް ވީއެވެ. 

ތިންވަނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އައިސްއޭޖުގައި ކަނޑުގެ ލޮނުގަނޑު މާބޮޑަށް ފިނިގަނޑުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ލެވެލް ތިރިވެގެން ދިޔަދިއުމުގައި ކުރީގައި އުފެދިފައި ހުރި ފަރުތަކުގެ މުރަކަތައް މަރުވެ ރާޅާއި ވައިގެ ހަރަކާތުން ގިރިގެން ގޮސް ސިފަ ގެއްލިފައި ވަނިކޮށް ކަނޑުގެ ލޮނުގަނޑު އަލުން ހޫނު ވަމުން އައިސް އެތަންތާގައި އަލުން މުރަކައިގެ ވައްތަރުތައް ހެދި ދިރެމުން ގޮސް އަތޮޅުތަކާއި ރަށްތައް އުފެދުނީ އެވެ.

ކަނޑާއި ރަށްތައް އޮންނަލެއް ކައިރި ކަމުން އާންމު ގޮތެއްގައި ރާއްޖޭގެ ވައިގެ ތެތްކަން ހުންނަނީ ވަރަށް މަތީގައެވެ. މީގެ ސަބަބުން މުޅި އަހަރު ތެރޭގައިވެސް ފިނިހޫނު މިނަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ދިވެހިރާއްޖޭގެ އެވަރެޖު ފިނިހޫނުމިނަކީ ގާތްގަނޑަކަށް °30 ސެލްސިއަސްގައެވެ. އެންމެ ގިނައިން ވާރޭވެހޭކަމަށް ފާހަގަ ކުރެވިފައިވަނީ ޖޫން މަހާއި ނޮވެމްބަރުމަހާ ދެމެދުގައެވެ.

ދިވެހިރާއްޖޭގެ އާބާދީ ކަމުގައި 2003 ވަނަ އަހަރު ރެކޯރޑް ކުރެވިފައިވަނީ 329684 މީހުންނެވެ. އެވަރެޖު ގޮތެއްގައި އަކަ ކިލޯމީޓަރަކަށް ޖެހޭ މީހުންގެ އަދަދު ނުވަތަ އާބާދީގެ އަކަބުރަ އަކީ ގާތްގަނޑަކަށް 1106 މީހުންނެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު ރަށަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ ފުރަމާލެއެވެ. 1999 ވަނަ އަހަރު މާލޭގެ އާބާދީ ކަމުގައި ބެލެވިފައިވަނީ 72000 މީހުންނެވެ. މާލޭގެ އިތުރުން އެންމެ އާބާދީ ބޮޑު ހިސާބުތަކަކީ ސުވައިދީބާއި (ދެކުނުގެ ހަތަރުއަތޮޅު ނުވަތަ ބޮޑުދެކުނާއި) ބޮޑުތިލަދުންމައްޗެވެ. ދިވެހިންގެ ނަސްލަކީ މަސްހުނި ނަސްލެކެވެ. ދިވެހިންގެ ނަސްލު ބިނާވެފައިވަނީ އިންޑިޔާ ދަރިކޮޅާއި އަރަބި ދަރިކޮޅާއި އެފްރިކާ ދަރިކޮޅާއި މެލޭދަރިކޮޅުގެ މައްޗަށެވެ. މަދުމަދުން ޔޫރަޕުގެ ނަސްލާއި މަސްހުނިވެފައިވާ މީހުންވެސް މިރާއްޖެއިން ފެނެއެވެ.

ރާއްޖެ އިސްލާމްވިގޮތާމެދު އަޅުގަނޑުގެ ޚިޔާލު

ދިވެހިރާއްޖެ އިސްލާމްވިކަމަށް ބެލެވިފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވެދެވަޑައިގަތް ދުވަސްކަމުގައި ބެލެވޭ ދުވަހެވެ. އެ ދުވަހަކީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ.

ދިވެހިރާއްޖެ އިސްލާން ކުރެއްވި ބޭފުޅަކާމެދު ތާރީޚު ލިޔުއްވާ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުކަރައިގެ ބޭފުޅެއް ކަމުގައިވާ މައުލާނަލް ޙާފިޡް އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އަދި މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ އެމަނިކުފާނުކަމުގައި މުޙައްމަދު އަމީން ވިދާޅުވަނީ މައުރިބުކަރައިގެ ދަތުރުވެރިއެއް ކަމުގައިވާ އިބުނި ބަޠޫޠާ ގެ ދަތުރުނާމާ ގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ. މިދަތުރުނާމާ ލިޔުއްވާފައިވަނީ ބަޠޫޠާގެ ހަނދާނުގެ މައްޗަށް ބުރަ ކުރައްވައިގެން، އެ ދަތުރުތައް ކޮށް ނިމުނުތާ އެތައް ދުވަހެއް ފަހުން، ކަމަށް އިބުނި ބަޠޫޠާގެ ދަރިވަރެއް ކަމުގައިވާ އިބުނި ޖަރޒީ އިއުތިރާފުން ސާބިތު ވެއެވެ. 

ދިވެހި ތާރީޚު ޢިލްމުގެ ބައްޕަ ކަމުގައި ބެލެވޭ އަލްޤާޟީ ޙަސަން ތާޖުދީނު، އޭނާގެ ތާރީޚުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވި ކަމަށް ލިޔުއްވާފައި ވަނީ މައުލާނައް ޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރޭޒީ ނަމަކަށްކިޔާ ފާރިސީއެކެވެ. ޙަސަން ތާޖުއްދީނުގެ މި ބަހުގެ ބިންގަލަކީ ހުކުރު މިސްކިތު މިހުރާބުގޭ ބިތުގައި ލިޔެވިފައިވާ ލިޔުމާއި ހުކުރު މިސްކިތުގައި ބެހެއްޓިފައި ހުރި ތާރީޚީ ފިލައެވެ. 
އަދި ހަމަ އެހެންމެ މައްޝޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ބުރަވެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުލާނަލް ޙާފިޡް ޔޫސުފު އައްތަބްރޭޒީ އެވެ. 

އެހެން ބޭފުޅަކު މި ސައިޓުގައި ލިޔުއްވާފައިވާ ފަދައިން އަޅުގަނޑަށްވެސް ބުރަ ވެވެނީ ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ފާރިސީއެއް ކަމަށެވެ. ސަބަބަކީ މިދެންނެވި ބޭފުޅާވެސް ލިޔުއްވާފްއިވާ ފަދައިން، ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުގެ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވަނީ ހަމަ އެ މައުރިބުގެ ބޭފުޅާ ކަމުގައި ވެފައި، ދިވެހިރާއްޖޭގެ ތާރީޚު އިލްމުވެރީން ވިދާޅުވަމުން އައީ ރާއްޖެ އިސްލާމް ކުރެއްވީ ފާރިސްކަރައިގެ ބޭފުޅެއް ކަމަށްވާތީއެވެ. (މަޣްރިބު (މޮރޮކޯ) އަކީ އެފްރިކާގެ ހުޅަނގުބިތުގައި ޔޫރަޕު ބައްރާ އެންމެ ކައިރީގައި އޮންނަ ގައުމެވެ. އަރަބިބަހުން ވާހަކަދައްކާ އަރަބި ގައުމެކެވެ. ފާރިސްކަރަ (އީރާން) އަކީ މެދުތެރޭ އޭޝިޔާގެ ގައުމެކެވެ.) 
އަރަބި ގައުމެއްގެ މީހަކު ދިވެހިރާއްޖެ އިސްލާން ކުރެއްވި ނަމަ ދިވެހިބަހުގައި ހުރި ދީނީ އިސްތިލާހުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އިސްތިލާހުތައް ހުރީހީ އަރަބި ބަހުން ކަން ކަށަވަރެވެ. ތިރީގައި އެވަނީ އެފަދަ އިޞްތިލާޙުތައް ދިވެހި، ޢަރަބި އަދި ފާރިސީ ބަހުން ބޭނުންކުރާގޮތެވެ.

މިސާލު: ނަމާދު (ދިވެހި)، ނަމާޒު (ފާރިސީ)، ޞަލާތު( އަރަބި). ރޯދަ (ދ)، ރޯޒާ (ފ)، ޞިޔާމް (އ). ބަންގި (ދ)، ބަންގި (ފ)، އާޛާން (އ)

މިހުރިހާ ކަމަކުން ވެސް ސާބިތުވަނީ ދިވެހިރާއްޖެ އިސްލާން ކުރެއްވީ ފާރިސްކަރައަށް ނިސްބަތްވާ ބޭފުޅެއް ކަމެވެ. ކޮންމެ އަކަސް އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިން ދުށުމުގެ ކުރީގައި ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ތަބްރޭޒީގެފާނުގެ އަހަރުމަތިފުޅު ފާހަގަ ކުރުން އޮތެވެ. އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިންނަށް ލިބޭ ގޮތް ވުމުން އިބުނި ބަޠޫޠާ އަކީ އަރަބިންގެ މީހަކަށް ވާތީ އޭނާގެ ވާހަކަ ޒަމާނުއްސުރެ އެންމެހައި ދިވެހިން ތަވާތުރުގެ މަގުން ރިވާ ކުރަމުން އައި ވާހަކަ އަށް ވުރެ އިބުނި ބަޠޫޠާގެ ވާހަކަ އަށް އިސްކަމެއް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެއިރު ތިއްބެވި އިސްވެރީންނަށް ފެނުނީއެވެ. ބަހަވީ ހަމައަކުން ވިސްނާއިރު ދިވެހިރާއްޖެ އިސްލާން ކުރެއްވީ އަރަބި އަސްލަށް ނިސްބަތްވާ އަރަތްބެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. 1999 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ބާނާފައިވަނީ 133547 މެޓްރިކް ޓަނެވެ. މަހުގެ ތެރެއިން އެންމެ އަގު ބޮޑު ވައްތަރަކީ ކަޅުބިލަމަހެވެ. މުރަކަތަކާއި ބޮލިތައް ވެސް ނެގެއެވެ. ދިވެހިރާއްޖޭގެ މައިގަނޑު ޤުދުރަތީ ވަޞީލަތަކީ ވަށައިގެންވާ ކަނޑުން ލިބޭ ކަނޑުރޯއްޖެވެ.

ކާރުޚާނާތަކުގެ މަސައްކަތް މަޙްދޫދުކުރެވިފައިވަނީ ހެދުމާއި މަސްވެރިކަމުގެ މައްޗަށެވެ.

ފަތުރުވެރިކަމުގެ ދާއިރާދަނީ ތަރައްޤީވަމުންނެވެ. 2006 ވަނަ އަހަރު ދިވެހިރާއްޖެއަށް 601923 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިކަން ދިވެހިރާއްޖޭގެ އިގްތިސާދުގެ 27% ޙިއްސާކުރޭ. ފަތުރުވެރިކަން ދިވެހިރާއްޖޭއަށް ބޭރުފައިސާގެ 70% ޙިއްސާކުރޭ.

ފަތުރުވެރިކަމުން ސީދާގޮތުން 25000 މީހުންނަށްވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލިއްބައިދޭ. 

ދިވހިރާއްޖޭގެ ފަތުރުވެރިކަމުފެ ދާއިރާގައި މިހާރު 90 ރިޒޯރޓު، 123 ސަފާރި ބޯޓު، 10 ހޮޓާ އަދި 273 އަށްވުރެގިނަ ޓްރެވަލް އެޖެންޓުން 2006 ވަނައަހަރު މަސައްކަތްކުރޭ. 

ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އާންމުންނަށް ހިއްޞާ ވިއްކާގޮތަށް އުފެއްދި ފުރަތަމަ ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ރަޖިސްޓްރީ ކޮށްފައިވަނީ 9 އެޕްރީލް 2006 ގައެވެ. ކުންފުނީގެ ފުރަތަމަ ޗެއަރމަން އަކީ އަލްފާޟިލް ޙުސައިން ޢަފީފް، މ. ޗަމްޕާ ސްޓަރ އެވެ. މެނެޖިންގ ޑިރެކްޓަރަކީ އަލްފާޟިލް މުޙައްމަދު ޞާލިޙް، މ. ޝުއާޒް އެވެ. ކުންފުނީގެ ސެކެޓްރީއަކީ އަލްއުސްތާޛް އިސްމާޢީލް ޔާސިރު، ހ. ގޯބިލިގެއެވެ. 

ކެޕިޓަލްގެ ގޮތުގައި ސަތޭކަމިލިޔަން ދިވެހިރުފިޔާ ހޯދުމަށްޓަކަައި ހިއްސާވިއްކުމަށް ކުންފުނީގެ ބޯޑުން 3 ޖޫން 2006 ގައި ފާސްކޮށް، 15 ޖޫން 2006 ގެ ތާރީޚުގައި ހިއްޞާގެ ބަޔާނެއް ނެރެފައިވެއެވެ. ކުންފުނިން ވިއްކަން ހަމަޖެއްސީ 100 ރުފިޔާގެ 1،000،000 ހިއްސާއެވެ. ހިއްސާއަށް އެދޭފަރާތްތަކުގެ ލިސްޓް ހުޅުވާލީ 2 ޖުލައި 2006 ގެ ހެދުނު 10:00 ގައެވެ. އާންމުފަރުދުންނަށް ގަނެވޭގޮތަށް ވިއްކި ހިއްސާ ވިއްކީ އެއްފަރާތަކަށް ގިނަވެގެން 100 ހިއްސާއަށްވުރެ އިތުރަށް ނުގަނެވޭ ގޮތަށެވެ.

ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ހެދެނީ، ދިވެހިރުކާއި، ބަނބުކޭލާއި، ހިރުނދާއި، ކާންޏާއި ފުނައިގެ އިތުރުން މިދިއްޔާއި ނިކައެވެ. ދަނޑުވެރިކަމަށް ރަނގަޅުކަމުގައި ބޮޑަށް ފާހަގަ ކުރެވިފައިވަނީ އަތޮޅު އުފެދިފައި އޮންނަ ގޮތުން އަތޮޅުގެ އިރުމަތީބިތުގައި ހުންނަރަށްރަށެވެ. އެންމެ މައިގަނޑު ދަނޑުވެރިކަމުގެ ބާވަތަކީ ކާއްޓެވެ. ކާބޯތަކެތީގެ ތެރެއިން ގިނަ ބާވަތްތައް ޖެހެނީ ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާށެވެ.

ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރަނީ އާންމު ގޮތެއްގައި ކާގޯ އުޅަނދު ފަހަރު ނުވަތަ މުދާ އުފުލާ ބޮޑެތި ބޯޓް ފަހަރު ގެ އެހީގައެވެ. ދިވެހި ރާއްޖެއާއި ދުނިޔޭގެ އެތައް ގައުމު ތަކާއި ދެމެދު މުދާ އުފުލުމުގައި ހަރަކާތްތެރިވާ ދިވެހިރާއްޖޭގައި ރަޖިސްޓްކުރެވިފައިވާ މިފަދަ 9372 އުޅަނދު ވެއެވެ.

ކޮންޓޭނަރުތަކުގައި މުދާ އުފުލައިގެން ގެނެސް މާލޭ ވިޔަފާރި ބަނދަރަށް މުދާ ހުސްކުރުމުގެ މަސައްކަތް ފެށިފައިވަނީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މިއަދު ވިޔަފާރި ބަނދަރު ވަނީ ގެންނަ މުދާ އެކަށޭނަ ވަރަށް ނުބޭޅުމުގެ ދަތިކަން ކުރިމަތި ވެފައެވެ. އެއީ ބޯޓްތަކުން ބާލާ މުދާ ކޮންޓޭނަރުތައް ޖަހާނެ ޖާގަ ނެތުމުގެ ސަބަބުންނެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވި ޚިދުމަތްދޭ އެންމެ ބޮޑު އަދި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ޝިޕިންގ ކުންފުންޏަކީ ސަރުކާރުގެ ޝިޕިންގ ކޮމްޕެނީ މޯލްޑިވްސް ނޭޝަނަލް ޝިޕިންގ މެނޭޖްމަންޓް ލިމިޓެޑް ނުވަތަ އެމްއެސްއެމްއެންއެލް އެވެ. މީގެ އިތުރުން އަމިއްލަ ވަރަށް ގިނަ ޝިޕިން ކުންފުނިތައް ވެސް މިދާއިރާގައި ހަރަކާތްތެރި ވެއެވެ.

ރާއްޖެތެރޭގެ އެއް ރަށުން އަނެއް ރަށަށް އަދި ރަށްފުށުން ވެރިރަށް މާލެއަށް އައުމަށް އަދިވެސް ބޭނުންކުރެވޭ އެންމެ އާންމު އެއް ވަޞީލަތަކީ ދޯންޏެވެ. ދޯނި ކުރިން ބަދެ މުޅިން ވެސް އުޅުނީ ރުކުގެ ލަކުޑިން ކަމަށް ވިޔަސް މިއަދު ދޯނި ބަނުމަށް ބޭރުން ގެނެސްފައި ހުންނަ ލަކުޑި ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ޒަމާންތަކެއް ވަންދެން ދިވެހިން ބަންނަމުން ދިޔަ ދޯނިތަކުގެ ސިފަޔަށް ބަދަލު ނައިސް ހުއްޓަސް ޒަމާނާއެކު މިހާރު ތަފާތު ގޮތްގޮތަށް ބަދެފައި ހުންނަ ދޯނި ފަހަރު ފެނެއެވެ.

ބައްތެއްޔަކީ ރާއްޖެތެރޭގެ އެއް ރަށުން އަނެއް ރަށަށް ދިއުމަށް ބޭނުންކުރާ ކަނޑުދަތުރު ކުރާ އުޅަނދެކެވެ. އަދި މާލެ ދަތުރު ކުރުމަށް ވެސް ބައްތެލި ބޭނުން ކުރެއެވެ.

އޮޑި އަކީ ބަންނަމުންދާ ދޯނި ފަހަރަށް ކިޔައި އުޅޭ ނަމެކެވެ.

ސަރުކާރުގެ ފަރާތުން ހިންގަން ފެށި މަޝްރޫޢެއްގެ ދަށުން ބަދެވުނު ފުރަތަމަ އިންޖީނުލީ އުޅަނދު ބަދެ ނިމި ބޭނުންކުރަން ފެށުނީ 1974 ވަނަ އަހަރު އެވެ. މިއަދު ރާއްޖޭގައި ބޭނުންކުރާ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު 99 އިންސައްތަ އަކީ އިންޖީނު އެޅި އުޅަނދު ފަހަރެވެ.

ބޭނުން ބަޔަކު ދަތުރު ކުރުމަށް ސްޕީޑް ލޯންޗުގެ ޚިދުމަތް އަގަށްދޭ ކުންފުނިތައް ރާއްޖޭގައި ހުރެއެވެ. މިފަދަ ލޯންޗުތަކުގެ އެހީގައި އެކި އެކި ޢީދު ތަކާއި މުނާސަބާތަކުގައި ރާޢްޖެތެރެއަށް ދަތުރުކުރެއެވެ.

މާލޭ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ 15ސެޕްޓެމްބަރު 1986 ގައި ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް އެވެ. މިހާރު މިބަނދަރުގައި މުދާ ބޭލުމަށް 101 މީޓަރުގެ ދިގު،10.84 މީޓަރުގެ ފުޅާ މަގަތު ފާލަމެއް އޮވެއެވެ. ވިޔަފާރި ބަނދަރަކުން ރައްޔިތުންނަށް ލިބެން ޖެހޭ ހުރިހާ ޚިދުމަތްތަކެއް މިބަނދަރުން ލިބެން ހުރެއެވެ.




#Article 2: ދިވެހި (391 words)


ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް  ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން ބަހުން ވާހަކަދައްކާ އުލުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ- އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި، އިންޑޯ އާރިއަން )ސާންސްކިރިތު (ބަހަށެވެ. މިދެންނެވި ސާންސްކިރިތުގެ ހުޅަނގާއި، ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ، ދިވެހި، ސިންހަޅަ، މި ބަސްބަހެވެ، ވީމާ، މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި،ޤަވާއިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި، އަލުގަނޑުމެންގެ އިންޑިކު ނުވަތަ ސާންސްކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރާސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.

ދިވެހިބަހަށް ބަލާއިރު, ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަލުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެ އެވެ. މިހެން ދިމާވާންވި އެތައް ސަބަބުތަކެއްވެ އެވެ. އެންމެފުރަތަމަ ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ، ހިންދު ކަނޑުގައި ދިވެހިރާއްޖެ އޮންނަ މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ މެދުތެރޭގަ އެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންނަން މަސައްކަތްކަތްކުރި މީހުން ރާއްޖެ އަތުލަން ބޭނުންވެފައިވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮތް މުހިންމު މަޤާމަށްޓަކަ އެވެ. އިހުޒަމާނުގެ ކަނޑު ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ، މޫސުން ނުބައިވެގެން، ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ ހިސާބެއްގައިވަނީ ދިވެހިރާއްޖެ އެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގަ އެވެ. ވީމާ، ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް ދިވެހިރާއްޖެ އަށް އައިސް، ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން ދިވެހިރާއްޖެ އަށް އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން ލިބުނެވެ.

ދިވެހި ބަަކީ އިންޑޯ އާރިޔަން އަށް ނިސްބަތްވާ ބަހެކެވެ. ދިވެހި ބަހާއި ސިންގަޅަ ބަސް ވެސް ނިސްބަތް ވަނީ އެއް އަސްލަކަށެވެ. ނަމަވެސް މި ދެބަހުން މުއާމަލާތު ކުރާއިރު އެއް ބަހަކަށް އަނެއް ބަހެއް އޮޅުމެއް ނުފިލައެވެ. 

ކުރިން ގަބޫލުކުރެވިފައިވާ ގޮތުގައި ދިވެހި ބަހަކީ ސިންގަޅަ ބަހުގެ ގޮތްޕެކެވެ. ނަމަވެސް ދިވެހި ބަހާއި ސިންގަޅަބަހަކީ މައި އެއް ބަހަކުން ކަފިވެފައިވާ ދެ ބަސް ކަމަށް 1969 ގައި ޑިސިލްވާ ބަޔާންކުރައްވާފައި ވެއެވެ. އަދި މި ދެބަހުގެ ތަފްސީލް ދިރާސާއަކަށް ފަހު އެސް. ފްރިޒް ވެސް ޑިސިލްވާގެ ނިންމުމަށް ތާއިދު ކުރެއްވި އެވެ. މީގެ އިތުރުން ޑިސިލްވާގެ މި ނިންމުމަކީ މަހަވަމްސާގައި ވާ ވަލީއަހްދު ވިޖަޔާގެ ވާހަކަ ތެދުކަމަށް ބާރު ލިބޭ ހެއްކެކެވެ. 

ދިވެހިބަހުގެ ތާރީޚާއި އޮނިގަނޑުގައިވާ ކަމަށް ފާހަގަ ކުރެވޭ ބައެއް ކަންތައް، އެމް.ޑަބްލިޔޫ. ސުގަތަޕާލާ ޑިސިލްވާ ބަޔާން ކުރައްވާފައިވެއެވެ. ޑިސިލްވާ ވިދާޅުވެފައިވާ ގޮތުގައި، ދެކުނު އޭޝިޔާގެ އެހެން ބަސްތަކުން ނުފެންނަ، ދިވެހިބަހަށް ޚާއްޞަ ބައެއް ކަންތައް އެބަހުއްޓެވެ. އޭނާ ފާހަގަ ކުރައްވާފައިވާ އެއްކަމަކީ، ނަފީ ކުރުމުގައި ޒަމާނާއި ނަފީ ކުރުމުގެ އަކުރު ގުޅިފައިވާ ކަމެވެ. އޭނާ ހިމެނުއްވި ބައެއް މިސާލަކީ:-

ރަސްމީ ބަސް ކަމުގައި ގަބޫލުރަނީ ވެރިރަށް މާލޭގައި ވާހަކަދައްކާ ބަހެވެ. މާލެއާއި މާލޭން އުތުރުގެ ހުރިހައި ސަރަހައްދެއްގައި ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ.  ދެކުނުގެ އަތޮޅުތަކުގައި ވާހަކަ ދައްކާ ބަސްތަކާއި ރަސްމީ ބަހާ ތަފާތުތަކެއް ހުރެއެވެ. އެބަސްތަކަކީ:




#Article 3: އިސްލާމް ދީން (216 words)


އިސްލާމް (ޢަރަބިން: اسلام = ﷲ އަށް ބޯލެނބުން) އަކީ ތައުޙީދީ ދީނެކެވެ. އިސްލާމްދީނަކީ ސަމާވީ ދިންތަކުގެ ތެރެއިން ދީނެކެވެ. އިސްލާމް ދީނަކީ މިއަދު ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ ދީނެވެ. މި ދީނުގައި އުޅޭ މީހުންނަށް ކިޔަނީ މުސްލިމުންނެވެ.

އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.އިސްލާމް ދީނަކީ: ތައުޙީދުގެ މަތީ ﷲ އަށް އަމާންދީ ބޯލަނބައި ކިޔަމަންވުމެވެ. އަދި ޝިރުކާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ. މިއީ އިސްލާމް ދީނަކީ ޢާންމު ތަޢުރީފެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ޛިކުރުކުރައްވާފައިވާ، އަދި އެކަލޭގެފާނުގެ އަރިހުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްޥައްހާބް رحمه الله އެކަލޭގެފާނުގެ ثَلَاثَةُ الْأصُولُ ގައި ނަޤުލު­ކުރައްވާފައިވާ ތަޢުރީފެވެ. މިއީ އިސްލާމް ދީނުގެ ޢާންމު މާނައެވެ.

އިސްލާމް ދީނުގެ ރުކުންތަކަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަން­ކުރެވޭ އިލާހަކު ނުވާ­ކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ­ކަމަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން­މަހު ރޯދަ­ހިފުމާއި، ގެފުޅަށް ދާން ކުޅަދާނަ­ވެއްޖެ­ނަމަ ގެފުޅަށް ޙައްޖު­ވުމެވެ.
އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.ހިތުގެ އިޢްތިޤާދާ އެކު މި ފަސް ރުކުން ކޮންމެހެން ވެސް އަދާކުރަން ޖެހޭނެއެވެ. މި ފަސް ރުކުނުގެ އިތުރަށް ދެންހުރި ވާޖިބު ކަންކަންކަމާއި، މުސްތަޙައްބު (ސުންނަތް) ކަންކަމަކީ މި ފަސް ރުކުން ފުރިހަމަކޮށްދޭ ކަންކަމެވެ. އެއީ މި ރުކުންތަކުގެ އިތުރަށް ކޮންމެހެން ވެސް ފުރިހަމަ ކުރަން ޖެހޭ ވާޖިބު ކަންތައްތަކާއި، ފުރިހަމަކުރުން އެދެވޭ މުސްތަޙައްބު ކަންތައްތަކެވެ. މި ފަސް ރުކުނަކީ އިސްލާމް ދީން އޭގެ މައްޗަށް ބިނާވާ އަސާސްތަކެވެ. ދެންހުރި ވާޖިބުތަކާއި ސުންނަތްތައް އަންނާނީ އޭގެ ފަހުގައެވެ. މީހަކު މި ފަސް ރުކުން ނުވަތަ އެއިން ބައެއް ދޫކޮށްފައި ދެން އެހެން ވާޖިބު ނޫނީ ސުންނަތް ކަންކަން ކުރިއަސް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އޭރުން އޭނާގެ އަމަލުތައް އެ ބިނާކުރީ އަސާސެއް ބިންގަލެއް ނެތިއެވެ. ބިނާއެއް ކޮޅަށް ހުންނާނީ އޭގެ ބިންގަލުގެ މައްޗަށެވެ.

އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަން­ކުރެވޭ އިލާހަކު ނުވާ­ކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ­ކަމަށް ދުލުން ހެކިވެ ހިތުން އެކަން ޤަބޫލުކުރުމެވެ.




#Article 4: އިންޑިޔާ (1793 words)


އިންޑިޔާ އަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ ޕާކިސްތާން އިމާއެވެ. އިރުއުތުރު އިން ގުޅެނީ ސީނުކަރަ އާއި ނޭޕާލާއި ބޫޓާނާ މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ ބަރުމާ އާއި ބަންގާޅާ (ބަންގްލާދޭޝް) މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް އޮޅުދޫކަރަ އާއި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާގެ އަވަށްޓެރިއާ (Vicinity) އެވެ.

އިންޑިޔާ އަކީ، ސިންދު ވާދީ ރަށްވެހިކަމުގެ ގޮވައްޗެވެ. ތާރީޚީ ވިޔަފާރި މަގު ތަކުގެ ސަރަޙައްދެވެ. ބޮޑެތި އަންބަރާޠޫރިއްޔަތުތަކެއް އުފެދުނު ބިމެވެ. ހިންދުސްތާނީ ބައްރެސަޣީރުގެ ދިގު ތާރީޚުގައި އެތަން މަޝްހޫރުވެފައިވަނީ ވިޔަފާރިއާ ސަގާފީ މުއްސަނދިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. ދުނިޔޭގެ މައި ދީންތަކުގެ ތެރެއިން ހިންދޫދީނާއި ބުދުދީނާއި ޖައިނިޒަމާއ ސިކުދީން އުފަންވީ އިންޑިޔާގެ ބިމުގައެވެ. މީލާދީން ފުރަތަމަ ސާސްކަފުގައި އިސްލާމްދީނާއި ޢީސާއީދީނާއި ޔަހޫދީދީނާއި ފާރިސީދީން އިންޑިޔާ އަށް ތަޢާރަފުވިއެވެ. ތަފާތުދީންތަކުގެ ސަބަބުން މި ސަރަޙައްދުގެ މީހުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސް މިސަރަޙައްދަކީ ތަފާތު އެތައް ސަގާފަތެއް ފެނިގެންދާ ސަގާފީ މަރުކަޒަކަށް ވެގެން ދިއައެވެ. 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ބްރިޓިޝް އީސްޓް އިންޑިޔާ ކޮންޕެނީ މީހުން އިންޑިޔާ އަށް އައެވެ. އަދި 19 ވަނަ ޤަރުނުގެ މެދެއްހާ ތާގައި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް އިންޑިޔާ ދިއައެވެ. ތަފާތު އެތައް ދުވަހެއްގެ ޞުލްޙަވެރި ޙަރަކާތްތަކެއްގެ ފަހުން 1947 ވަނަ އަހަރު އިންޑިޔާ، ޒަމާނީ ޤައުމެއްގެ ގޮތުގައި މިނިވަން ވިއެވެ.

ދުނިޔޭގެ 12 ވަނަ އަށް އެއްމެ ބޮޑު އިޤްތިޞާދަށް ވުމުގެ އިތުރުން ހަތަރުވަނަ އަށް އެއްމެ ގިނައިން މުދާ ގަންނަ ޤައުމަށް ވުމުގެ ސަބަބުން ފާއިތުވި ދަހައިގެ ތެރޭގައި އިންޑިޔާ އަށް ވަނީ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުން ތަކެއް ލިބިފައެވެ. ޤައުމުގެ ދިރިއުޅުމުގެ ޙާލަތު ކުރިޔަށް އޮތް ބައި ޤަރުނު ތެރޭގައި ވަރަށް ހަލުއިކޮށް ކުރިޔަށް ދާނެކަމަށް ބެލެވޭ ހިނދު، ތިމާވެށީގެ ރޮނގުންނާއި، ފަޤީރުވުމުގެ ސަބަބުން އަދި ލިޔަންކިޔަން ނުދަތުމާއި ބަނޑުހައި ހޫނުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ތަފާތު ބަސްބަހުން ވާހަކަ ދައްކާ ތަފާތު ނަސްލުގެ ތަފާތު ދީންތަކުގެ މީހުންގެ ގޮވައްޗެއް ކަމުގައިވާ މިޤައުމުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގައި ތަފާތު އެތައް ވައްތަރެއްގެ ޖަނަވާރު ދިރިއުޅެމުން ދެއެވެ.

އިންޑިޔާ، މިބަސް ނެގިފައިވަނީ އިންޑަސް މި ބަހުންނެވެ. މިއީ ސިންދު ކޯރުގެ ނަމަށް ނިސްބަތްކޮށް ބޯދާ ފާރިސީ ބަހުން ބޭނުންކުރެވޭ ހިންދު މި ލަފްޒުން ހެދިފައިވާ ބަހެކެވެ. ޤަދީމީ ޔޫނާނީންގެ ގާތުގައި އިންޑިޔާ މީހުންނަކީ އިންޑޮއި މީހުންނެވެ. ނުވަތަ ސިންދުގެ އަހުލުވެރިންނެވެ. އިންޑިޔާގެ ޤާނޫނު އަސާސީގައި ޤައުމުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރެވިފައިވަނީ ބާހރައްތް މިނަމެވެ. ހިންދުސްތާން މިނަމަކީ ފާރިސީ އަޞްލުގެ ނަމެކެވެ. އުރުދޫ ބަހުންވެސް ބޭނުން ކުރަނީ ހިންދުސްތާން މި ނަމެވެ.

މަދްޔަ ޕްރަދޭޝްގެ ބިންބެޓްކާގައިވާ ހިލައިގެ ޒަމާނުގެ، ކުރެހުން އަޅާފައިވާ ގަލުވެހި (rock shelter) ތަކަކީ އިންޑިޔާގައި އިންސާނުން ދިރިއުޅުނުކަމަށް ފެންނަން ހުރި އެއްމެ ބޯދާ ނިޝާންތަކެވެ. ދާއިމީ ވަޒަންވެރިކަމެއްގެ ގޮތުގައި ފުރަތަމަ ފެންނަން އޮތް ވަޒަންވެރިކަމަކީ މީގެ 9000 އަހަރު ކުރީގެ ވަޒަންވެރިކަމެވެ. މި ވަޒަންވެރިކަން ހުޅަނގު ހިންދުސްތާނުގައި ސިންދު ވާދީ ރަށްވެހިކަމުގެ ގޮތުގައި ޢީސާއީ މީލާދުގެ 3300 އަހަރު ކުރިއާ ހަމައިގައި ތަރައްޤީ ވިއެވެ. މީގެ ފަހުން އައީ ވޭދީ ރަށްވެހިކަމެވެ. މި ރަށްވެހި ކަމުގައި ހިންދޫދީނާއި މުސްކުޅި ހިންދުސްތާނީ މުޖުތަމަޢުގެ ސަގާފަތުގެ ބިންގާ އެޅިގެން ދިޔައެވެ. ޢީސާއީ މީލާދުގެ 550 އަހަރު ކުރިން ފެށިގެން ބައިވަރު މިނިވަން ރަސްކަން ތަކާއި މަހަޖަނަޕަދާސްގެ ގޮތުގައި އެނގިގެންވާ ޖުމްހޫރިއްޔާތައް ޤައުމުގެ އެތަން މިތަނުގައި ޤާއިމުވިއެވެ.

ޢީސާއީ މީލާދުގެ ތިން ޤަރުނު ކުރިން މައުރިޔާ ޚާންދާނުން ބިނާކުރި އެމްޕަޔަރ، އެމްޕެރަރ އަޝޯކާގެ ދަށުގައި ދެކުނު އޭޝިޔާގެ ބޮޑު ބައި އެއްބައި ކުރިއެވެ. ޢީސާއީ މީލާދުގެ 180 އަހަރު ކުރީން ފެށިގެން މެދުރެތޭ އޭޝިޔާ އިން ޙަމަލާތަކުގެ ސިލްސިލާއަކާ ކުރިމަތި ކުރިއެވެ. މީގެ ތެރޭގައި ބައްރެ ސަޣީރުގެ ހުޅަނގު އުތުރުގައި، ޔޫނާނީ-ހިންދު، ހިންދު-ސްކައިތިއަން، ހިންދު-ޕާރަތިއަން، އަދި ކުޝަންގެ ފަރާތުން އިސްވެ ތިބެގެން ކުރި ކަންތައްތައް ހިމެނެއެވެ. މީލާދީން ތިންވަނަ ޤަރުނުގައި ގުޕްތާ ޚާންދާނުގެ ވެރިކަމުގައި އިންޑިޔާގެ ރަންޒަމާން ކަމުގައި ބެލެވޭ ދުވަސްވަރު އައެވެ. މި ދުވަސްވަރު އުތުރުގައި މަދު އެހެނަސް ބިޔަ ރަސްކަން އުފެދިފައި އޮތެވެ. ދެކުނު އިންޑިޔާގައި ތަފާތު ޚަންދާން ތަކުގެ ރަސްކަން އޮތެވެ. މީގެތެރޭގައި ޗަލުކިޔާސް އާއި ޗޯޅާއާއި ޕައްލަވާސް އައި ޕަންޑިޔާސް ހިމެނެއެވެ. މިއިން ކޮންމެ ރަސްކަމެއް ދުވަސްވަރާއި ސަރަޙައްދުގެ ދާއިރާއަށް ބަލާއިރު އެއް ދުވަސްވަރެއްގައި އެއް ސަރަޙައްދުތަކެއް ވެރިކަމުގެ ދާއިރާ ކަމުގައި ބަލައި އުޅުނެވެ. މިރަސްކަން އޮތް ދުވަސްވަރުގައި ސައެންސާއި ހަންދަސާ (އިންޖިނިއަރިން) އާއި ފައްނާއި އަދަބިއްޔާތާއި ފަލަކީ ޢިލްމާއި ފަލްސަފާ ތަރައްޤީވެގެން ދިޔައެވެ.

މެދުތެރޭ އޭޝިޔާ އިން ދިހަވަނަ އަދި ބާރަވަނަ ޤަރުނުގައި އައި ޙަމަލާތަކުގެ ފަހުން އުތުރު އިންޑިޔާގެ ބޮޑުބައި ސަލްޠަނަތު ދިއްލީ ގެ ދަށަށް އަދި ފަހުން މުޣަލް ޚާންދާނުގެ ވެރިކަމުގެ ދަށަށް އައެވެ. މުޣަލް ރަސް ރަސްކަލުން އެބޭފުޅުންގެ ރަސްކަން ފުޅާކޮށް ބައްރެސަޣީރުގެ ބޮޑުބައި ކޮންޓްރޯލް ކުރިއެވެ. އެހެން ނަމަވެސް ދޭސީ ރަސްކަންތައް ދެކުނުގައި ފޮޅެމުން ދިޔައެވެ. މީގެ ތެރޭގައ ވިޖަޔާނަގަރަ އެމްޕައަރ ފާހަގަކޮށް ލެވެއެވެ. 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި މުޣަލް ރަސްކަމުގެ ބާރު ކުޑަވެ މަރާތާ އެމްޕައަރގެ ބާރު ގަދަވެގެން ދިއައެވެ. 16 ވަނަ ޤަރުނުން ފެށިގެން ޔޫރަޕުގެ ތަފާތު ޤައުމުތަކުން ވިޔަފާރި ވެރިންގެ ގޮތުގައި އިންޑިޔާއަށް މީހުން ފައިބަން ފެށިއެވެ. މީގެ ތެރޭގައި ޕޯޗުގަލް އާއި ހޮލެންޑާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ މީހުން ހިމެނެއެވެ. ފަހުން މި މީހުންގެ މަސައްކަތުން އިސްތިޢުމާރަށް ފުރުޞަތު ހޯދިއެވެ. 1856 ވަނަ އަހަރު އައި އިރު އިންޑިޔާގެ ބޮޑު ބައި އޮތީ ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީގެ ދަށުގައެވެ. މީގެ އަހަރެއް ފަހުން މުޅި އިންޑިޔާ ގުޅިގެން ކުރި އިންޑިޔާގެ މިނިވަން ކަމުގެ ފުރަތަމަ ހަނގުރާމަ ނުވަތަ ސެޕޮއި މިއުޓިނީގައި އިންޑިޔާ ބަލިވެ، އިނގިރޭސިންގެ ވެރިކަމުގެ ދަށަށް ފުރިހަމަ މާނާގައި އިންޑިޔާ ދިއައެވެ. އަދި ބްރިޓިޝް އެމްޕެއަރގެ ކޮލޮނީއެއްގެ ގޮތުގައި ހަމަޖެހުނެވެ. 

ވިހިވަނަ ޤަރުނުގެ ކުރީކޮޅު، އިންޑިޔަން ނެޝަނަލް ކޮންގެރެސް އާއި އެހެނިހެން ސިޔާސީ މުނައްޒަމާތައް ގުޅިގެން މިނިވަންކަމުގެ ޙރަކާތް މުޅި ޤައުމުގައި ފެއްޓިއެވެ. މަހާތުމާ ގާނދީ އާ އެކު އެތައް މިލިއަން މީހުން އަހިމްސާގެ އުޞޫލުގެ މަތިން މަދަނީ ބަސްނޭހުމުގެ އެތައް ޙަރަކާތެއް ހިންގަމުން ދިޔައެވެ. އޮގަސްޓު 15، 1947 ގައި އިންޑިޔާއަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނު އިރު އިންޑިޔާގެ މުސްލިމް އާބާދީ ބޮޑު ސަރަޙައްދުތައް ވަނީ ޕާކިސްތާނުގެ ނަމުގައި ވަކި ޤައުމެއްގެ ގޮތުގައި ހަމަ ޖެހިގެން ގޮސްފައެވެ. އިންޑިޔާއަށް މިނިވަންކަން ލިބުނުތާ ތިން އަހަރު ފަހުން، ޖެނުއަރީ 26، 1950 ގައި އިންޑިޔާ ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ. އަދި އާ ޤާނޫނު އަސާސީއެއް ވުޖޫދަށް އައެވެ. 

މިނިވަން ވުމަށް ފަހުގައި ތަފާތު މަޒުހަބީ ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ތަޖުރިބާ ކުރަމުން ދިޔަ ނަމަވެސް އެ ޤައުމުން ދަނީ ޤައުމުގެ އެއްބައިވަންތަކަމާއި ޑިމޮކްރަސީ ދަމަހައްޓަމުންނެވެ. ބޯޑަރުގެ މައްސަލަތަކެއްގެ ސަބަބުން 1962 ވަނަ އަހަރު ސީނުކަރައާ ދެމެދު ސީނީ-ހިންދު ހަނގުރާމަ އާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެފަދައިން 1947، 1965، 1971، އަދި 1999 (ކާރްގިލް) ގައި ޕާކިސްތާނާ އެކު ހަނގުރާމައިގެ މައިދާނުން ބައްދަލުކުރަން ޖެހުނެވެ. އިންޑިޔާއަކީ ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ބްރިޓިޝް އިންޑިޔާގެ ގޮތުގައި އ.ދ އުފެއްދުމުގައިވެސް އިންޑިޔާ ވަނީ މުހިއްމު ދައުރެއް ކުޅެފައެވެ. 1974 ގައި އިންޑިޔާއިން ވަނީ ބިމު އަޑީގައި ނިއުކުލިއަރ ޓެސްޓެއް ކޮށްފައެވެ. މީގެ ފަހުން 1998 ގައި މިފަދަ ފަސް ޓެސްޓު އެ ޤައުމުން ކޮށްފައި ވެއެވެ. 1991 އިން ފެށިގެން އިންޑިޔާގެ އިޤްތިޞާދަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން އެ ޤައުމަކީ ދުނިޔޭގައި އެއްމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިޤްތިޞާދު އޮތް ޤައުމެވެ.

އިންޑިޔާއަކީ ދުނިޔޭގައި އޮތް އެއްމެ ބިޔަ ޑިމޮކްރަސީ އެވެ. އިންޑިޔާގެ ޤާނޫނުއަސާސީ ބުނާގޮތުން އިންޑިޔާ އަކީ މިނިވަން، އިޝްތިރާކީ، ސެކިއުލާ، ދީމުޤުރާޠީ ޖުމްހޫރިއްޔާ އެކެވެ. އިންޑިޔާގައި އޮންނަނީ ފެޑެރަލް ގިސްމުގެ ސަރުކާރެކެވެ. ދެ ގެ ހިމެނޭ މަޖްލީހެކެވެ. މި މަޖްލީސް ހިނގަނީ ވެސްޓްމިންސްޓަރ އިސްޓައިލުގެ ބަރުލަމާނީ ނިޒާމަށެވެ. އިންޑިޔާގެ އިދާރީ އޮނިގަނޑު ބެހެވިގެން ވަނީ ތިން ގޮތްޕަށެވެ. އެއީ ޤާނޫނު ހަދާ މަޖްލީހާއި (Legislature)، ތަންފީޒުކުރާ ފަރާތާއި (Executive)، ޝަރުޢިއްޔާ (Judiciary) އެވެ.

އިންޑިޔާގެ ރައީސް އަކީ ދައުލަތުގެ ވެރިޔާ ނުވަތަ ޞާޙިބުއްދައުލާއެވެ. ފަސް އަހަރުގެ ޓާމަކަށް އިންޑިޔާގެ ރައީސް އިންތިޚާބު ކުރަނީ އިންތިޚާބީ ކޮލެޖަކުންނެވެ. ސަރުކާރު ހިންގަވާ ވެރިޔަކީ ނުވަތަ ޞާޙިބުލްޙުކޫމާ އަކީ ބޮޑުވަޒީރެވެ. އިދާރީ ހިންގުމުގެ ހިނަ ބާރުތައް ލިބިފައިވަނީ ބޮޑުވަޒީރަށެވެ. ބޮޑުވަޒީރަކަށް ބޭފުޅަކު ޢައްޔަން ކުރައްވަނީ ރައީސ އެއީ ޕާލިއަމެންޓުގެ ތިރީ ގޭގައި އެއްމެ ބައި ގިނަ ޕާޓީ ނުވަތަ ކޯލިޝަނުގެ ތާއީދު ލިބިފައިވާ ފަރާތަކަށް ވުން ލާޒިމެވެ.

އިންޑިޔާގެ ޤާނޫނު ހަދާމަޖްލީހަކީ ބައިކެމެރަލް ނުވަތަ ދެ ގެ ހިމެނޭ ޕާލިއަމެންޓެކެވެ. މަތީ ގެއަކީ އިސްޓޭޓު ކައުންސިލް ނުވަތަ ރާޖްޔަ ސަބާއެވެ. ތިރީ ގެއަކީ ރައްޔިތުންގެ ގެ ނުވަތަ ލޮކް ސަބާއެވެ. 250 މެންބަރުން ހިމެނޭ ރާޖްޔަ ސަބާގެ މެންބަރުންގެ ޓާމެއްގެ ދިގު މިނަކީ 6 އަހަރެވެ. މީގެ ތެރެއިން ގިނަ މެންބަރުން އިންތިޚާބު ކުރެވެނީ އިސްޓޭޓުގެ ޤާނޫނު ހަދާ މަޖްލީހުގެ ތެރެއިން އިސްޓޭޓުގެ އާބާދީގެ ނިސްބަތަށް ބަލައިގެނެވެ. ލޮކް ސަބާގެ 545 މެންބަރުންނަކީ ފަސް އަހަރުގެ ޓާމަކަށް އިންތިޚާބު ކުރެވޭ ބައެކެވެ. މިއީ ސީދާ ވޯޓަކުން ވަކިވަކި ކޮންސްޓިޓުއެންސީ ނުވަތަ އިންތިޚާބީ ދާއިރާތައް ތަމްސީލު ކުރެއްވުމަށް ޓަކައި އިންތިޚާބު ކުރެވޭ މެންބަރުންނެވެ.

އެގްޒެކެޓިވް ގޮފީގައި ހިމެނެނީ ރައީސް، ނާއިބް ރައީސް އަދި ބޮޑުވަޒީރު އިސްވެ ހުންނަވާ ވަޒީރުންގެ މަޖްލީހެވެ. ޕޯޓްފޯލިއޯ އެއް ފުރުއްވާ ކޮންމެ ވަޒީރަކީ ޕާލިއަމެންޓުގެ ކޮންމެވެސް އެއްގެއެއްގެ މެންބަރަކަށް ވާންޖެހެއެވެ.  އިންޑިޔާގެ ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާ ފަރާތާއި ޤާނޫނު ހަދާ މަޖްލީހާ ވަނީ ގުޅި ލާމެހިފައެވެ. ބޮޑުވަޒީރާއި ވަޒީރުންގެ މަޖްލީހުގެ ބޭފުޅުންނަކީ ޕާލިއަމެންޓުގެ ތިރީ ގެއަށް ނިސްބަތްވާ ބޭފުޅުންނެވެ.

އިންޑިޔާގެ މިނިވަން ޝަރުޢިއްޔާގެ އެއްމެ މުހިއްމު އެއް ގުނަވަނަކީ ސުޕްރީމް ކޯޓެވެ. މި ކޯޓުގައި އެންމެ އިސްކޮށް ހުންނަވަނީ އިންޑިޔާގެ އުއްތަމަ ފަނޑިޔާރު ނުވަތަ ޗީފް ޖަސްޓިސް އޮފް އިންޑިޔާ އެވެ. އިންޑިޔާގެ އެކާވީސް ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ ސުޕްރީމް ކޯޓުގައެވެ. އަދި ޤާނޫނުއަސާސީ މާނަކުރުމުގެ ބާރުލިބިފައިވާ ޤާނޫނީ ޝަޚްޞަކީ ސުޕްރީމް ކޯޓެވެ.

އިންޑިޔާގެ ދިމުޤްރާތީ ތާރީޚުގެ ބޮޑުބައިގާ އިންޑިޔާގެ ފެޑެރަލް ސަރުކާރުގެ ޒަޢާމަތު ބަލަހައްޓާފައިވަނީ އިންޑިޔަން ނޭޝަނަލް ކޮންގްރެސް ނުވަތަ ކޮންގްރެސް ޕާޓީ އިންނެވެ. އިސްޓޭޓު ތަކުގެ ސިޔާސީ މައިދާނުގައި ވަރަށް ގިނަ ޤައުމީ ޕާޓީތަކުން ޙަރަކާތްތެރިވެއެވެ. މީގެތެރޭގައި އިންޑިޔަން ނޭޝަނަލް ކޮންގްރެސް، ބާރަތިޔާ ޖަނަތާ ޕާޓީ އަދި ކޮމިއުނިސްޓު ޕާޓީ އޮފް އިންޑިޔާ ހިމެނެއެވެ. އަދި މީގެ އިތުރުން ސަރަޙައްދީ ޕާޓީތައް ވެސް އިސްޓޭޓުތަކުގައި ޙަރަކާތްތެރި ވޭމެއެވެ. 1950 އިން 1990 އަށް ވަރަށް ކުޑަ ދުވަސްކޮޅެއްގައި މެނުވީ، ޕާލިއަމެންޓުގެ ބޮޑުބައި ކޮންޓްރޯލް ކުރަމުންދިޔައީ ކޮންގްރެސް ޕާޓީ އިންނެވެ. 1977 އިން 1980 އާ ދެމެދު ކާމިޔާބުކޮށް އޮތީ ޖަނަތާ ޕާޓީ އެވެ. 1989 ގައި އިންޑިޔާގެ ނޭޝަނަލް ފްރޮންޓުގެ ޤިޔާދަތުގައި އޮތީ ޖަނަތާ ދާލް އެވެ. އެހެން ނަމަވެސް މި ޕާޓީއަށް މި ގޮތުގައި އޮވެވުނީ އެއްމެ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

 އަދި އިންޑިޔާގެ ޢަސްކަރިއްޔާ

އަދި ސީޓީބީޓީ އާއި އެންޕީޓީ ފަދަ ނިއުކުލިއަރ މުޢާހަދާތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ. މި ދުވަސްވަރު އިންޑިޔާ އިން ވަނީ އެ ޤައުމާ އެންމެ ގުޅުން ގޯސްކޮށް އޮތް ޤައުމުތައް ކަމުގައިވާ ޕާކިސްތާނާއި ސީނުކަރަ އާއި އެމެރިކާ ފަދަ ޤައުމުތަކާ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އިޤްތިޞާދީ ގޮތުން އިންޑިޔާއިން ވަނީ ދެކުނު އެމެރިކާގެ ޤައުމުތަކާއި އޭޝިޔާގެ ޤައުމުތަކާއި އެފްރިކާގެ ޤައުމުތަކާ އެކު ގުޅުން ރަނގަޅުކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި އިންޑިޔާއިން ވަނީ އާސިޔާނާއި ސާރކް ގެ އިތުރުން ޑަބްލިޔޫ ޓީ އޯ ގައި ވަރަށް މުހިއްމު ދައުރެއް ކުޅެފައެވެ. 

އިންޑިޔާއަކީ އަބަދުވެސް އ.ދ. ގެ ޙަރަކާތްތަކުގައި އެއްބާރުލުން ދޭ ޤައުމެކެވެ. ހަތަރު ބައްރުގައި އ.ދ. އިން ހިންގި ޞުލްޙަ ބެލެހެއްޓުމުގެ 35 މަޝްރޫޢުގައި އިންޑިޔާއިން ވަނީ އެ ޤައުމުގެ 55000 ސިފައިން ބައިވެރިކޮށްފައެވެ.

ދުނިޔޭގައި މިވަގުތު އޮތް ތިންވަނައަށް އެންމެ ބޮޑު ޢަސްކަރިއްޔާއަކީ އިންޑިޔާގެ ޢަސްކަރިއްޔާއެވެ. މީގެ ތެރޭގައި އެއްގަމުގެ ލަޝްކަރީންނާއި ކަނޑުގެ ނޭވީންނާއި ވައިގެބާރު ހިމެނެއެވެ. މީގެ އިތުރުން ޕެރަމިލިޓަރީ ފޯހާއި ކޯސްޓުގާޑު ފަދަ އޮގްޒިލިއަރީ ފޯސްތަކާއި ސްޓްރެޖިކް ފޯސެސް ކޮމާންޑަކީ ވެސް ފާހަގަކޮށްލެވޭ ބައެކެވެ. އިންޑިޔާގެ ޢަސްކަރިއްޔާގެ ސުޕްރީމް ކޮމާންޑަރަކީ އިންޑިޔާގެ ރައީސްއެވެ. 1974 ވަނަ އަހަރު ނިއުކްލިއަރ ތަޖުރިބާތަކެއް ކޮށް އެ ޤައުމުވަނީ ނިއުކްލިއަރ ދައުލަތަކަށް ވެފައެވެ. 1998 ވަނަ އަހަރު ބިމުގެ އަޑީގައި ކުރި ނިއުކްލިއަރ ތަޖުރިބާ ތަކުގެ ސަބަބުން ބައިނަލް އަޤްވާމީ ގޮތުން އިންޑިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ 2001 ސެޕްޓެމްބަރު މަހު އުވާލާފައެވެ. އިންޑިޔާއިން ގެންގުޅެމުންދަނީ ފުރަތަމައަށް ބޭނުން ނުކުރުމުގެ ނިއުކްލިއަރ ސިޔާސަތެވެ.

އިންޑިޔާއަކީ 28 އިސްޓޭޓާއި ފެޑެރަލް ސަރުކާރުން ބަލަހައްޓާ 7 ޔުނިއަން ޓެރިޓަރީގެ މައްޗަށް ބިނާވެގެންވާ ޤައުމެކެވެ. ހުރިހާ އިސްޓޭޓެއްގައާއި ޔުނިއަން ޓެރިޓަރީ އޮފް ޕުޑުޗެރީ (ޕޮންޑިޗެރީ) އާއި ނޭޝަނަލް ކެޕިޓަލް ޓެރިޓަރީ އޮފް ދިއްލީ ގައި އިންތިޚާބު ކުރެވިފައިވާ ސަރުކާރުތައް އޮވެއެވެ. އަނެއް 5 ޔުނިއަން ޓެރިޓަރީގައި ތިއްބަވަނީ މަރުކަޒީ ސަރުކާރުން ޢައްޔަން ކޮށްފައިވާ މުދީރުން (ނުވަތަ އެޑްމިނިސްޓްރޭޓަރުން)ނެވެ.

ހުރިހާ އިސްޓޭތުތަކާއި ޔުނިއަން ޓެރިޓަރީތައް ވެސް ވަނީ މަންޠިޤާ (ޑިސްޓްރިކްޓް) ތަކަކަށް ބަހާލެވިފައެވެ. ބޮޑެތި އިސްޓޭޓު ތަކުގައި މަންޠިޤާތައް އެކުވެގެން އުފެދިފައިވާ ޑިވިޝަންތައްވެސް ހުރެދާނެއެވެ.

ދުނިޔޭގެ ހަތްވަނައަށް އެއްމެ ބޮޑު ޤައުމަށް ވުމުގެ އިތުރުން ބައްރެސަޣީރުގެ ބޮޑުބައިވެސް އޮތީ އިންޑިޔާގެ އިމުގެ ތެރޭގައެވެ. އިންޑިޔާގެ އުތުރުގެ އިސްޓޭޓުތަކާއި އިރު އުތުރުގެ އިސްޓޭޓުތައް ގިނައިން ހުރީ ހިމާލިޔާ ރޭންޖުގައެވެ. އިރުމަތީ އިންޑިޔާއާއި މެދުތެރޭ އިންޑިޔާއާއި އުތުރުން ބާކީ އޮތްބައި އޮތީ ބިން ރަނގަޅު ހިންދުގަންގާ ޕްލެއިން ގައެވެ. އިންޑިޔާގެ ހުޅަނގު ބޯޑަރު ގުޅެނީ އިރުދެކުނު ޕާކިސްތާނާއެވެ. މި ތާގައި އޮތީ ތަރު ސަޙަރާއެވެ. ދެކުނު އިންޑިޔާގެ ސަރަޙައްދު ގެ ބޮޑު ބައި ބިނާވެގެންވަނީ ޑެކަން ޕްލެޓޫ ގެ މައްޗަށެވެ. މި ސަރަޙައްދުގައިވާ އުސް ހިސާބުތަކަކީ ވެސްޓަން ގަޓްސް އާއި އީސްޓަން ގަޓްސްއެވެ.

އިންޑިޔާ އަކީ އެޤައުމުގެ ތެރެއިން ވަރަށް ގިނަ ފެންކޯރު ދެމިފައިވާ ޤައުމެކެވެ. މީގެ ތެރޭގައި ފާހަގަ ކޮށް ލެވޭ ކޯރުތައް ތިރީގައި މިވަނީއެވެ.

އިންޑިޔާގައި ތިން ޖަޒީރާ އޮވެއެވެ. މިއީ ހުޅަނގު ދެކުނުގައި އޮތް ލަކްޝަދްވީޕާއި، އިރު ދެކުނުގައި އޮތް އަންޒަމާނާއި ނައްކަވާރު ޖަޒީރާގެ އިތުރުން، ވެސްޓު ބެންގާލްގެ ގަންގާ ޑެލްޓާގައިވާ ސުންދަރުބާނެވެ. 

އިންޑިޔާއަކީ ވަރަށް ބިޔަ ސަރަޙައްދަކަށް ފެތުރިފައި އޮތް ޤައުމަކަށް ވާތީ އެކި ސަރަޙައްދު ތަކުގައި މޫސުމީ ތަފާތު ތަކެއް ހުރެއެވެ. ޓްރޮޕިކަލް ކްލައިމެޓާއި ފިނިހޫނުމިނުގެ ތަފާތު ބޮޑު ކަމާއި ހިމާލަޔާ ސަރަޙައްދުގެ މޫސުން މިގޮތުން ފާހަގަ ކުރެވެއެވެ. ހިމާލަޔާ ސަރަޙައްދުގެ އުސް ހިސާބުގައި ދާއިމީ ގޮތެއްގައި ސުނޯ ވެހޭކަން ފާހަގަ ކުރެވެއެވެ. އިންޑިޔާގެ މޫސުމަށް އެއްމެ ބޮޑު އަސަރެއް ފޯރުވަނީ ހިމާލަޔާ ގެ ފަރުބަދަތަކާއި ތަރު ސަޙަރާއިންނެވެ. ހިމާލަޔާ އާއި ހިންދުކުޝްގެ އުސް ފަރުބަދަ ތަކުގެ ސަބަބުން މެދުތެރޭ އޭޝިޔާގެ ފިނިވައި އިންޑިޔާގެ ތެރެއަށް ވަނުން މަނާ ކުރެއެވެ. މީގެސަބަބުން މި ލެޓިޓިއުޑުގައި އޮންނަ އެހެން ސަރަޙައްދުތަކަށް ވުރެ އިންޑިޔާ ހޫނެވެ. ޖޫންމަހާއި ސެޕްޓެމްބަރު މަހާ ދެމެދު ވާރޭ ވެހުމަށް މެދުވެރިވާ ސަބަބަކީ ތަރު ސަހަރާއިން، ވައިގެތެތްކަން ހުރި ހޫނު މޫސުމުގެ ވައި، އެ ސަހަރާއާ ދިމާއަށް ގެނުވާ ގެނުވުމެވެ.

 އަދި އިންޑިޔާގެ ސޫފާސޫފި

އިންޑިޔާ އޮތް ސަރަޙައްދަކީ ތަފާތު އެތައް ވައްތަރެއްގެ ދިރުން ހުރި ސަރަޙައްދެކެވެ. އިންޑިޔާއަކީ 7.6% މަންމަލި ޖަނަވާރު ދިރިއުޅޭ ބިމެވެ. އަދި ހަމަ އެފަދައިން ދުނިޔޭގެ އުދުހޭ ދޫނިތަކުގެ ތެރެއިން 12.6% ދިރިއުޅޭ ތަނެވެ. ހަމަ އެފަދައިން 6.2% ރެޕްޓައިލް ވެސް ދިރިއުޅެނީ އިންޑިޔާގައެވެ. އެމްފީބިއަނުންގެ ތެރެއިން އިންޑިޔާގައިވަނީ 4.4% އެވެ. މަހުގެ ތެރެއިން 11.7% އެވެ. މާ އަޅާ ގަސްތަކުގެ ތެރެއިން 6.0% ގަސް ވަނީ ވެސް ހަމަ މިޤައުމުގައެވެ. އަދި ހަމަ އެފަދައިން ޝޯލާ ޖަންގަލި ފަދަ އީކޯ ސަރަޙައްދުތަކަކީ އެތަނުގެ ލާސާނީވަންތަކަން ވަރަށް ބޮޑު ސަރަޙައްދުތަކެވެ. އިންޑިޔާގައިވާ ގަސްގަހާގެހީގެ ތެރެއިން 33% އަކީ ހަމައެކަނި އިންޑިޔާއަށް ޚާއްޞަ ގަސްގަހެވެ. އިންޑިޔާގެ ޖަންގަލިތައްވަނީ އަންޒަމާނާއި ހުޅނަގު ގަޓްސް އާއި އިރު އުތުރު އިންޑިޔާގެ ޓްރޮޕިކަލް ޖަންގަލިތަކުން ހިމާލަޔާގެ ކޮނިފެރަސް ޖަންގަލިތަކާހަމައަށް ދެމިގެން ގޮސްފައެވެ. މި ޙައްދުތަކުގެ ތެރޭގައި ވަނީ އިރުމަތީ އިންޑިޔާގެ ސަލް-ޑޮމިނޭޓެޑް މޮއިސް ޑެސިޑުއަސް ޖަންގަލިތަކާއި، މެދުތެރޭ އަދި ދެކުނު އިންޑިޔާގެ ޓީކް ޑޮމިނޭޓެޑް ޑްރައި ޑެސިޑުއަސް ޖަންގަލިތަކާއި، މެދުތެރޭ ޑެއްކަން އާއި ހުޅަނގު ގެންގެޓިކް ޕްލެއިންގެ ބަބުލް ޑޮމިނޭޓެޑް ތޯން ޖަންގަލިތަކެވެ. އިންޑިޔާގެ މުހިއްމު ގަސްގަހުގެ ތެރޭގައި ރަށްފުށުގެ ފަތްޕިލާވެލީގެ ބޭސްހެދުމުގައި ބޭނުންކުރާ ހިތިގަސް ފާހަގަ ކުރވެއެވެ. މޮހެންޖޯ-ދާރޯ ގެ ސީލްގައިވާ ޕީޕަލް ފިގް ގަހަކީ ގޯތަމާ ބުއްދާ އަށް ހިދާޔަތު ލިބުނު އިރު ހިޔާދިން ގަހެވެ.

އިންޑިޔާގެ އިޤްތިޞާދަކީ މިވަގުތު އެއްމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އިޤްތިޞާދެވެ.

އިންޑިޔާއަކީ ވަރަށް މުއްސަނދި ސަގަފަތެއް އޮތް ޤައުމެކެވެ.




#Article 5: އޮޅުދޫކަރަ (2114 words)


ސިރީ ލަންކާ އަކީ ބައްރެ ސަޣީރު (އިންޑިއަން ސަބްކޮންޓިނެންޓް) އިރުދެކުނު އައްސޭރީގައި ހިންދުސްތާނުގެ ދެކުނުން ގާތްގަނޑަކަށް 30 ކިލޯމިޓަރު ގައި އޮތް ގައުމެކެވެ. 1972 ވަނަ އަހަރު ސިރީ ލަންކާގެ ނަން ފްރީ ސޮވެރައިން އެންޑް އިންޑެޕެންޑެންޓް ރިޕަބްލިކް އޮފް ސްރީ ލަންކާ އަށް ބަދަލު ކުރެވުނެވެ. 1978 ވަނަ އަހަރު ސިރީ ލަންކާގެ ނަން ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާ ގެ ނަމަށް ބަދަލު ކުރެވުނެވެ. 1972 ވަނަ އަހަރުގެ ކުރީން ތަފާތު ނަންނަމުން ސިރީ ލަންކާ ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ މައްޝޫރު ނަމަކީ ސިލޯން މިނަމެވެ.

މިރަށާ މެދު ތާރީހީ ގޮތުން އެންމެ ފުރިހަމަ މައުލޫމާތު ތަކެއް ވާކަމަށް ދައުވާ ކުރެވެނީ މަހަވަމްސާގައެވެ. އަދި މިއީ ހިންދުސްތާނުގެ ބޯދާ ރާދަވަޅީގެ އެންމެ މުހިއްމު މަސްދަރެވެ. ކާއްސަ ގޮތެއް ގައި މަހާ ސިކަންދަރާއި (އެލެގްޒެންޑަރ ދި ގްރޭޓް) ޔޫނާނީންގެ ދުވަސްވަރުގެ ތާރީހާ މެދުގައެވެ. 

މަހަވަމްސާ ގައި އަމީރު ވިޖެޔާ އާއި އެ މަނިކުފާނު ގެ ބައިވެރިންނާ ހަމަ އިން ފެށިފައި ވާ ސިންހަޅަ ރަސްކަމެއް ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. އަދި އޭ ގައި ފަހުން ސިރީ ލަންކާ ގެ ވެރިރަށެއް ގެ ގޮތު ގައި ވި އަނޫރާދަޕޫރާގެ އަސްލު ކަމުގައިވާ އަނޫރާދާގަން އަވަށް ބިނާ ކުރެއްވި އަނޫރާދާ ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. މި އަނޫރާދާ އަކީ ވިޖެޔާ ރަސްގެފާނުގެ މަންތިރިއެކެވެ.

 
މެދުތެރެ......................... ކެންޑީ

އުތުރު މެދުތެރެ................... އަނޫރާދަޕޫރާ

އުތުރު ......................... ޖަފްނާ

އިރުމަތި ......................... ބަޓިކޯޅާ

ހުޅަގު އުތުރު .................... ކުރުނެގަލާ

ދެކުނު .......................... ގައްލީ

އުވާ ............................ ބަޑުއްލާ

ހުޅަގު .......................... ކޮޅުނބު

ސަބަރަގަމްވާ ......................... ރަޓްނާޕޫރާ

އޮޅުދޫ ކަރައަކީ ސޯޝަލިސްޓް ޑިމޮކްރެޓިކް ޖުމްހޫރިއްޔާ އެކެވެ. ހަމަމިހެން އެއީ ޔުނިޓަރީ ސްޓޭޓެކެވެ. އޮޅުދޫ ކަރައިގެ ސަރުކާރަކީ ބަރުލަމާނީ އަދި ރިޔާސީ ނިޒާމް މަސްހުނިވެގެން އުފެދިފައިވާ ސަރުކާރެކެވެ. އޮޅުދޫ ކަރައިގެ ރައީސަކީ އެގައުމުގެ ހެޑް އޮފް ސްޓޭޓް، ކޮމާންޑަރ އިންޗީފް އޮފް އާރމްޑް ފޯސް އަދި ހެޑް އޮފް ގަވަރމެންޓް ވެސް މެއެވެ. އޮޅުދޫ ކަރައިގައި ރައީސް އިންތިޚާބު ކުރަނީ ކޮންމެ 6 އަހަރުން އެއް ފަހަރު އެވެ. ބަރުލަމާންގައި ހިމެނޭ މެންބަރުންގެ ތެރެއިން ކެބިނެޓް މިނިސްިޓަރުން އައްޔަން ކުރަނީ ރައީސް އެވެ. ރައީސްގެ ނައިބަކަށް ހުންނަ މީހާ އަކީ އޮޅުދޫ ކަރައިގައި ބޮޑު ވަޒީރެވެ. ގައުމުގެ އެތެރޭގެ ކަންތައްތައް ބަލަހައްޓައި ހެދުމުގައި މުހިއްމު ދައުރެއް ބޮޑު ވަޒީރު އަދާކުރެއެވެ. 

އޮޅުދޫ ކަރައިގެ ބަރުލަމާނަށް މީހުން އިންތިޚާބު ކުރަނީވެސް ކޮންމެ 6 އަހަރުން އެއް ފަހަރު އެވެ. އިންތިޚާބުގައި ކޮންމެ ހިސާބަކުން އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ އަކަށް ބޯނަސް ޝީޓެއް ބަރުލަމާނުން ލިބެއެވެ. ބަރުލަމާން އެކުލެވޭތާ އެއް އަހަރު ވުމަށްފަހު ބޭނުން ވެއްޖެ ހިނދެއްގައި ބަރުލަމާން އުވާލުމުގެ އިޚްތިޔާރު ރައީސަށް ލިބިގެން ވެއެވެ. 

މިއަދު އޮޅުދޫ ކަރައިގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަނީ މިހާރުގެ ރައީސް މަހިންދާ ރަޖާޕަކްސާ ރައީސަކަށް ހުންނަވާ ލެފްޓް ވިންގ ސްރީލަންކާ ފްރީޑަމް ޕާޓީ އިންނާއި، އަދި ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހާ ވެރިއަކަށް ހުންނަވާ ރައިޓް ވިންގ ސްރީލަންކާ ފްރީޑަމް ޕާޓީ އިންނެވެ. މީގެ އިތުރުން ބުޑިސްޓް، ސޯޝަލިސްޓް އަދި ޓަމިލް ނޭޝަނަލިސްޓް ފަދަ ޕޮލިޓިކަސް ކުދިކުދި ޕާޓީތައް އޮޅުދޫ ކަރައިގައި އޮވެއެވެ. 

އޮޅުދޫ ކަރައިގެ އަސްކަރިއްޔާގައި ޝާމިލްވަނީ ސްރީލަންކަން އާރމީ، ސްރީލަންކަން ނޭވީ އަދި ސްރީލަންކަން އެއަރފޯސް މިތިން ބައެވެ. މިތިން ބައިމެ އިދާރީގޮތުން ބަލަހައްޓަނީ ދިފާޢީ ވުޒާރާގެ ފަރާތުންނެވެ. އޮޅުދޫ ކަރައަށް އަސްކަރީ ގޮތުން އެހީތައް ޕާކިސްތާން، ސީނު ކަރަމ އެމެރިކާ އަދި އިގިރޭސި ވިލާތުން އަބަދުވެސް ދެމުން ގެންދެއެވެ.

އޮޅުދޫ ކަރަ އޮންނަނީ އިންޑިޔާ ކަނޑުގައި ބޭއޮފް ބެންގަލްގެ ހުޅަގު ދެކުނުން އަދި އަރަބި ކަނޑުގެ އިރު ދެކުނުގައެވެ. އޮޅުދޫ ކަރައާއި، ހިންދުސްތާން ވަކިކޮށްދެނީ އެދެމެދުގައިވާ މަންނާރު ކަނޑުއޮޅި އެވެ. ހިންދީން ގަބޫލު ކުރާ ގޮތުގައި އޮޅުދޫ ކަރަ އާއި، ހިންދުސްތާން ގުޅާލުމަށް ރާމާގެ ދުވަސްވަރު ނާލާ ކިޔާ އާކިޓެކްޓަކު ރާމާ ބްރިޖް ކިޔާ ބްރިޖެއް ބިނާކޮށްފައި ވެއެވެ. މިހާރު މިބުނާތަން ފެންނަށްހުރި ފެނުން މައްޗަށް ހުރި ގާތަކެއްގެ ސިފައިގައެވެ. ޓެމްޕަލް ރިކޯޑްތައް ބުނާގޮތުން މިތަބީޢީ ކޯޒްވޭ ކުރިން އޮތީ ރަގަޅަށެވެ. ނަމަވެސް 1480 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ތޫފާން ތަކެއްގައި މިކޯޒްވޭ ވަނީ ހަލާކުވެ ގޮސްފައެވެ.

އޮޅުދޫ ކަރައިގެ ޖައްވަކީ ހޫނު އަދި ތެތްކަމެއް އެކުލެވޭ މާހައުލެކެވެ. އޮޅުދޫ ކަރައިގެ ފިނިހޫނު މިނަށް ބަލާއިރު ނޫރަލިޔާގައި ފިނިހޫނު މިން އުޅެނީ 16 ޑިގްރީ ސެލްޒިއަސް ގައެވެ. ހޫނުުމަތި އިރު އުތުރު އައްސޭރީގައި އޮންނަ ޓްރިންކޮމާލީ ގައި ފިނި ހޫނު މިން 38 ޑިގްރީ ސެލްޒިއަސް އަށް ދެއެވެ. މުޅި އަަހަރަށް ބަލާއިރު ފިނިހޫނު މިން އުޅެނީ 30-28 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ. 

އޮޅުދޫ ކަރައަށް އެންމެ ފިނިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެދުވަސްވަރު އުސް ހިސާބުތަކުގައި އުޅޭމީހުން ކޯޓް، ޖެކެޓް ފަދަ ތަކެތި ލާން ޖެހެއެވެ. ޖައްވުގެ ތެތްކަން އާއްމު ގޮތެއްގައި ހުޅަގު ދެކުނާއި އަދި ފަރުބަދަތައް ހިމެނޭ ހިސާބުގައި މަތިކަމަށް ފާހަގަ ވެއެވެ. އެވްރެޖް ގޮތެއްގައި ކޮޅުބުގައި ޖައްވުގެ ތެތްކަން ހުންނަނީ 70 އިންސައްތައިގައެވެ.

އޮޅުދޫ ކަރައިގެ ހުޅަގު ދެކުނާއި، ފަރުބަދަ ތައް އެކުލެވޭ ހިސާބަށް  ތެތް ހިސާބު ނުވަތަ ވެޓް ޒޯންގެ ނަމުން މުޚާތަބު ކުރެވެއެވެ. މިހިސާބަށް އަހަރަކު ގާތްގަނޑަކަށް 2500 މިލިމީޓަރުގެ ވާރޭ ވެހޭ ކަމަށް ރިކޯޑްތަކުން ދައްކައެވެ. އިރުދެކުނާއި، އިރުމަތި އަދި އުތުރުގެ ހިސާބުތަކަށް ހަނަފަސް ހިސާބު ނުވަތަ ޑްރައި ޒޯންގެ ނަމުން މުޚާތަބު ކުރެވެއެވެ. މިހިސާބަށް ގާތްގަނޑަކަށް އަހަރަކު 1900-1200 އާއި ދެމެދުގެ މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ރިކޯޑްތަކުން ދައްކައެވެ. މިހިސާބުތަކަށް ޢާއްމުކޮށް ވާރޭ ވެހެނީ އޮކްޓޯބަރުން ފެށިގެން ޖެނުއަރީ މަހާއި ދެމެދުގައެވެ. 

އޮޅުދޫ ކަރައިގެ ބިމުގެ ބޮޑު ބަޔަކީ އެއްދުވަސްވަރެއްގައި ޖަންގަލީގެ ގޮތުގައި ބެލެވުނު ތަންތަނެވެ. ނަމަވެސް މިއަދު ޖަންގަލީގެ ގޮތުގައި އޮތީ އޮޅުދޫ ކަރައިގެ ބިމުގެ 5 އިންސައްތައެވެ. އިރު ދެކުނުގައިވާ ރުހުނު ގައުމީ ޕާރކްގައި އެތް، ފުއްލާ، ސާމަރާދޫނި ފަދަ ތަކެތި ހިމާޔަތްކޮށްގެން ގެންގުޅެއެވެ. އަދި ހުޅަގު އުތުރުގައިވާ ވިލްޕައްޓޫ ގައުމީ ޕާކްގައި ތަފާތު ބާވަތްތަކުގެ ފެނު ދޫނިތަކަށް ހިމާޔަތްކަން ދީފައި ވެއެވެ.

އޮޅުދޫ ކަރައަކީ ނަވާރަ އަދި ވިހިވަނަ ގަރުނު ތެރޭގައި ޕްލާންޓޭޝަން އިކޮނޮމީ އެއް އުފެދިގެން އައިތަނެކެވެ. އެގޮތުން އޮޅުދޫ ކަރަ މަޝްހޫރު ވެގެންދިޔައީ ރަބަރު، ފޮނިތޮށި، އަދި ސައިފަތް ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް އުފައްދައި ބޭރުކުރާ ގައުމަކަށް އޮޅުދޫ ކަރަ ވެގެން ދިއުމުންނެވެ. 

އޭޕްރީލް 2004 ގައި ސްރީލަންކާ ފްރީޑަމް ޕާޓީ، އަދި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލިއެންސް ގުޅިގެން ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ވެރިއަކަށް ހުންނެވި ރަނިލް ވިކްރަމް ސިންހާ ބަލިކުރެއްވުމާއެކު އޮޅުދޫ ކަރައިގެ އިގްތިޞާދުތައް ބޮޑެތި ބަދަލު ތައް އައެވެ. އާ ސަރުކާރުން ސްޓޭޓް އެންޓަރޕްރައިސަސް ޕްރައިވަޓައިޒް ކުރުން ހުއްޓާލިއެވެ. އެދުވަސްވަރު ރަޓާ ޕެރާޓާ ކިޔާ އިގްތިޞާދީ ޕްރޮގްރާމެއް އޮޅުދޫ ކަރައިގެ އިގްތިޞާދަށް ހެޔޮބަދަލުތައް ގެނައުމަށް ހިންގުނެވެ. މިޕްރޮގްރާމުގެ ބޭނުމަކަށް ވެފައި އޮތީ ބޭރުގެ މީހުންގެ އަތްމައްޗަށް އޮޅުދޫ ކަރައިގެ އިގްތިޞާދު ދޫވެގެން ދިޔަ ނުދިނުމެވެ. 2004 ވަނަ އަހަރު އެކަނިވެސް ހަމައެކަނި ތެލަށް އޮޅުދޫ ކަރައިން 180 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ.

އޮޅުދޫ ކަރައިގެ ގިނަ ޝަހަރު ތަކާއި ރަށްތަކަށް ރޭލުގެ އެހީގައި ދަތުރު ކުރެވޭނެ މަގުވަނީ ފަހިކޮށްފައެވެ. ސްރީލަންކަން ރެއިލްވޭސް ހިންގަނީ ގައުމީ ރެއިލްވޭ އޮޕަރޭޓަރ ގެ ފަރާތުންނެވެ. އެންމެ ފުރަތަމަ ހުޅުވުނު ރޭލް ދަތުރު ކުރާ މަގު ހުޅުވިގެންދިޔައީ 26 އޭޕްރީލް 1867 ގައެވެ. މިއީ ކޮޅުބާއި ކެންޑީ ގުޅާލުމަށް ހެދުނު ރޭލު ދަތުރު ކުރާ މަގެކެވެ. އޮޅުދޫ ކަރައިގައި ދަތުރު ފަތުރުކުރުމަށް ހެދިފައިވާ މަގުތަކުގެ ޖުމްލަ ބޮޑުމިން ގާތްގަނޑަކަށް 11 ހާސް ކިލޯ މީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ގިނަ މަގުތައް އޮންނަނީ ތާރު އަޅާފައެވެ. 

އޮޅުދޫ ކަރައިގައި ދަތުރު ފަތުރު ކުރުމުގެ ފަސޭހަ އަށް ތަފާތު ހައިވޭ ތައް ނުވަތަ ފާލަން ތައް ބިނާކުރެވިފައި ވެއެވެ. މިގޮތުން ފާހަގަ ކުރެވޭ މަޝްހޫރު ހައިވޭ ތަކުގެ ތެރޭގައި ކޮލަމްބޯ-ކަޓްނަޔަކަ އެކްސްޕްރެސްވޭ، ކޮލަމްބޯ-ކެންޑީ އެކްސްޕްރެސްވޭ، ކޮލަމްބޯ-ޕެޑަނިޔާ އެކްސްޕްރެސްވޭ، ފަދަ ހައިވޭ ތައް ހިމެނެއެވެ. އޮޅުދޫ ކަރައިގެ ޖަފްނާ ސިޓީ އާއި، ހިންދުސްތާނުގެ ޗެއްނާއީ ގުޅާލުމަށް ހެދޭ ބްރިޖް ގެ މަޝްރޫޢުގެ ޕްލޭން މިހާރު ދަނީ ކުރެވެމުންނެވެ. 

އޮޅުދޫ ކަރައިގައި ޢާއްމު ބަސްތަކުގެ ޚިދުމަތްދެނީ ސިލޯން ޓްރާންސްޕޯޓް ބޯޑް ގެ ފަރާތުންނެވެ. އޮޅުދޫ ކަރައިގެ އެތެރޭގައި 430 ކިލޯ މީޓަރުގެ ފެނުގެ މަގުތައް ވެސް ވެއެވެ. ފެން ފުން ތިން ބަދަރު އޮޅުދޫ ކަރައިގައި އޮވެއެވެ. މިތަންތަން އޮންނަނީ ކޮޅުބު، ގެއްލީ ، އަދި ޓްރިންކޮމާލީ ގައެވެ. ތާރު އަޅާފައިވާ 12 ވައިގެ ބަނދަރާއި، އަދި ތާރު ނާޅައި ބޭނުންކުރެވޭ ދެ ވައިގެ ބަދަރު އޮޅުދޫ ކަރައިގައި އޮވެއެވެ. 

އޮޅުދޫ ކަރައިގެ ގައުމީ އެއަރލައިނަކީ ސްރީލަންކަން އެއަރވޭސް އެވެ. މިއެއަރލައިން މިހާރު ހިންގަނީ އެމިރޭޓްސް އެއަރލައިންގެ ފަރާތުންނެވެ. ދާދި ފަހުން ސްކައި ޓްރެކްސް ގެ ފަރާތުން ސްރީލަންކަން އެއަރވޭސް ވަނީ ދެކުނު އޭޝިޔާގެ އެންމެ ފެންވަރު ރަގަޅު އެއަރލައިންގެ ގޮތުގައި ހޮވާފައެވެ. ސްރީލަންކަން އެއަރ ޓެކްސީ އަކީ އެތެރޭގެ އުދުން ތަކުގައި ބައިވެރިވާ އެއަރ ލައިނެކެވެ. މީގެ އިތުރުން ލަންކް އެއަރ، އަދި އެކްސްޕޯ އޭވިއޭޝަން އަކީ ވެސް މިފަދަ ދެއެއަރލައިން އެވެ. ބަންޑާރަ ނަޔަކަ ބައިނަލް އަގުވާމީ ވައިގެ ބަނދަރަކީ އޮޅުދޫ ކަރައިގައި އޮތް ހަމައެކަނި ބައިނަލް އަގްވާމީ ވައިގެ ބަނދަރެވެ. މިބަދަރު އޮންނަނީ ކޮޅުބުގެ 22 ކިލޯ މީޓަރު އުތުރުގައި ކަޓްނަޔަކާ ގައެވެ.

އޮޅުދޫ ކަރައިގެ ސިފައިން ވަނީ އެގައުމުގެ ތާރީޚްގައި ގިނަ ހަގުރާމަ ތަކެއްގައި ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ބޮއީ ހަގުރާމަ އަދި އެއްވަނަ އަދި ދެވަނަ ބޮޑު ހަގުރާމަ ހިމެނެއެވެ. 2004ން ފެށިގެން ހެއިޓީގައި އޮންނަ އ.ދ ގެ ސުލްޙަ ބަލަހައްޓާ ސިފައިންގެ ތެރޭގައި އޮޅުދޫ ކަރައިގެ ސިފައިން އަންނަނީ ޝާމިލް ވަމުންނެވެ. 

އޮޅުދޫ ކަރައިގެ އަސްކަރިއްޔާ ބަހާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ސްރީލަންކަން އާރމީ، ސްރީލަންކަން ނޭވީ އަދި ސްރީލަންކަން އެއަރ ފޯސް މި ތިން ބައެވެ. އޮޅުދޫ ކަރައިގެ އެތެރޭގައި ހަރަކާތްތެރިވާ ތަމަޅައިންނާއި ސަރުކާރު ސިފައިންނާއި ހަގުރާމަ ކުރާތާ މިހާރުވަނީ 25 އަހަރު ވެފައެވެ. މިބުނި ތަމަޅައިންގެ ޖަމާޢަތަކީ ތަފާތު 32 ގައުމަކުން ނިރުމަޅަވެރިން ނުވަތަ ޓެރަރިސްޓުންގެ ގޮތުގައި ސިއްކަ ޖަހާފައިވާ ޖަމާޢަތެކެވެ.

އޮޅުދޫ ކަރައަކީ ދުނިޔޭގެ 53 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އޮޅުދޫ ކަރައިގައި އަހަރަކު އާބާދީ އިތުރުވާ ނިސްބަތަކީ 0.79 އިންސައްތަ އެވެ. އޮޅުދޫ ކަރައިގައި ކޮންމެ 1000 މީހަކަށް އުފަންވާ ރޭޓް 15.63 ގައި އުޅޭއިރު މަރުވާ ރޭޓް އުޅެނީ 6.49 ގައެވެ. އާބާދީ އެންމެ ގިނައީ އޮޅުދޫ ކަރައިގެ ހުޅަގު ގައެވެ. ޚާއްޞަކޮށް ވެރިރަށް ކޮޅުބާއި އެޝަހަރުގެ ވަށައިގެންވާ ހިސާބުތަކުގައެވެ. ވައްނިޔަލަ އެއްޓޯ އޭ ކިޔޭ ރަށުގައި ކުޑަ އާބާދީ އެއް އޮވެއެވެ. މިރަށުގެ މީހުންނަށް ކިޔަނީ ވެއްދާހްސް އެވެ. 

އޮޅުދޫ ކަރައިގެ އާބާދީގެ 81.9 އިންސައްތަ ޙިއްޞާ ކުރަނީ ސިންހަޅަ އިންނެވެ. ޢާންމު ގޮތެއްގައި ތަމަޅައިން އެންމެ ގިނައީ އުތުރާއި އިރުމަތީގެ ހިސާބުތަކުގައެވެ. ނަމަވެސް މެދުތެރެއާއި ހުޅަގުގެ ޝަހަރުތަކުގައި ވެސް ތަމަޅައިން އުޅެއެވެ. ބުނެވޭގޮތުގައި ތަމަޅައިންނަކީ އިންޑިޔާއިން އިގިރޭސިންގެ އަތްދަށުގައި އޮޅުދޫ ކަރަ އޮތް ދުވަސްވަރު މަސައްކަތު މީހުންގެ ގޮތުގައި އޮޅުދޫ ކަރައަށް ގެނައި މީހުންނެވެ. ނަމަވެސް ތަމަޅައިންގެ ތެރޭގައި އޮޅުދޫ ކަރައަށް އެމީހުންގެ ނަސްލު ނިސްބަތްވާ ތަމައިންވެސް އުޅެއެވެ. 

އޮޅުދޫ ކަރައިގައި ވާހަކަ ދެެކެވޭ ރަސްމީ ދެބަހަކީ ސިންހަޅަ އަދި ތަމަޅަ ބަހެވެ. އިގިރޭސި ބަހުން ވާހަކަ ދައްކަނީ އާބާދީގެ އެންމެ 10 އިންސައްތަ އެވެ. އާއްމު ގޮތެއްގައި އިގިރޭސި ބަސް ބޭނުންކުރަނީ ކިޔަވައިދިނުމާއި، ވިޔަފާރިއާއި އަދި ސައިންޓިފިކް ކަންކަމާއި ގުޅޭ ބޭނުންތަކުގައެވެ. 

ތަފާތު ދީންތަކުގެ މީހުން އޮޅުދޫ ކަރައިގައި އުޅެއެވެ. ގާތްގަނޑަކަށް 76.7 އިންސައްތަ މީހުންނަކީ ބުދު ދީނުގެ އަހުލު ވެރިންނެވެ. ސްރީ ޑަލާޑާ މަލިގާވާ ނުވަތަ ދަތުގެ ބުދު ފައްޅި އަކީ އޮޅުދޫ ކަރައިގައި ހުރި ބުދު ދީނުގެ އެންމެ ބޮޑު ނުވަތަ މައި ބުދު ފައްޅި އެވެ. އާބާދީގެ 7.9 އިންސައްތަ ހިންދީ ދީން އިޚްތިޔާރު ކޮށްފައިވާއިރު 7 އިންސައްތަ ޙިއްޞާ ކުރަނީ މަޞީޙީންނެވެ. އޮޅުދޫ ކަރައިގެ އާބާދީގެ 8.5 އިންސައްތަ އަކީ މުސްލިމުންނެވެ.

އޮޅުދޫ ކަރައަކީ ތަފާތު ދެ ސަގާފަތެއް އޮންނަ ތަނެކެވެ. އެއީ ތަމަޅަ އާއި ސިންހަޅައިންގެ ސަގާފަތެވެ. ސިންހަޅައިންގެ މައި ހިސާބަކީ ކެންޑީ އަދި އަނޫރާދަޕޫރާ އެވެ. ތަމަޅައިންގެ މައި ހިސާބަކީ އުތުރުގައިވާ ޖަފްނާ އެވެ. ވަރަށް ފަހަކާއި ޖެހެންދެން އޮޅުދޫ ކަރައިގެ އަހުލުވެރިން ކައި އުޅުނީ އެމީހުންގެ އަމިއްލަ ނުވަތަ ޓްރެޑިޝަނަލް ކާނާގެ ގޮތުގައި ބެލެވޭ ބާވަތްތަކެވެ. އަދި ކޮށް އުޅުނު މަސައްކަތްތަކަކީ ވެސް ގިނަފަހަރު އެމީހުންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތްތަކެެވެ. 

ނަމަވެސް އިގުތިޞާދީ ގޮތުން ކުރިއަރައިގެން އައިއިރު އެހެން ގައުމުތަކާއި ވާދަކުރުމަށްޓަކައި ތަފާތު މަސައްކަތްތަކާއި ކަންތައްތައް އޮޅުދޫ ކަރައިގެ މުޖުތަމަޢުގެ ތެރެއަށް ވެސް ތަޢާރަފްވެގެން ދިޔައެވެ. މިއަދު އޮޅުދޫ ކަރައިގެ އަހުލުވެރިންގެ މައިގަނޑު ކެއުމުގެ ތެރޭގައި ބަތް، ރިހަ، ވަޓަލައްޕަން،ކިރިބަތު، ޕިއްޓޫ، ބިސް، މޭވާ ތަރުކާރީ، ކިރުގެ ބާވަތްތައް ބޭނުން ކުރެއެވެ. 

އިސާލާ ޕެރަހްރާ އަކީ ކޮންމެ އަހަރެއްގެ ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި އޮޅުދޫ ކަރައިގެ ކެންޑީގައި ބޭއްވޭ ބޮޑު ކާނިވަލެކެވެ. އެކާނިވަލަށްޓަކައި މީހުން ވަކި ޚާއްޞަ ހެދުމެއް ތުރުކުރެއެވެ. ބުޑިސްޓުން ފާހަގަ ކުރާ މިކާނިވަލުގައި އެތް ފަދަ ޖަނަވާރުތައް ޒީނަތްކޮށް ތަފާތު ބާވަތްތަކުގެ ނެށުންތައް ހުށަހެޅުން އޮވެއެވެ. އެގޮތުން އަލިފާން ބޭނުން ކޮށްގެން ފުރިހަމަ ކުރާ ނެށުމާއި، ޗާބޫކް ބޭނުންކޮށްގެން ފުރިހަމަކުރާ ނެށުމާއި އަދި ކެންޑީ މީހުންގެ ޚާއްޞަ ނެށުން އޮވެއެވެ. 

ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އުފައްދައި ބޭރުކުރާ ގައުމަށް ވުމާއެކު އޮޅުދޫ ކަރައިގެ އަހުލުވެރިން ވަރަށް ގިނައިން ސައިބޮއި ހަދައެވެ.

އޮޅުދޫ ކަރައިގެ އާބާދީ 70 އިންސައްތަ މީހުންނަކީ ބުދު ދީނުގެ އަހުލުވެރިންނެވެ. އޮޅުދޫ ކަރައިގެ ތާރީޚް ބުނާގޮތުން އޮޅުދޫ ކަރަޔަށް ބުދު ދީން ތަޢާރަފްވެގެން އައީ ޢީސާގެ ފާނުގެ 2 ގަރުނުގެ ކުރިންނެވެ. ބުދު ދީން ތަޢާރަފް ކުރީ އޮޅުދޫ ކަރައިގެ  އޭރުގެ ރަސްކަލުން ދިވަނަ ޕިޔަތިއްސާގެ ދުވަސްވަރު އެމްޕަރަރ އަކަށްހުރި އަޝޯކާގެ ދަރިކަލުން މަހިންދާ ކަމަށް ބުނެއެވެ. ފުރަތަމަ ބުދު ކިއްލާ ބިނާކުރެވުނީ އޭރު ވެރިއަކަށް ހުންނެވި ރަސްގެފާނުގެ ބެލުމުގެ ދަށުންނެވެ. 

އޮޅުދޫ ކަރައިގެ މީހުންގެ ދިރިއުޅުމާއި ސަގާފަތުގައި ދީން މުހިއްމު ދައުރެއް އަބަދު ވެސް އަދާކުރެއެވެ. ބުދު ދީނުގެ އަހުލުވެރިން ހަދުމަހުގެ ކަލަންޑަރާއި އެއްގޮތަށް ޕޮޔާ ދުވަސް ކިޔާ ދުވަހެއް ކޮންމެ މަހަކު ފާހަގަ ކުރެއެވެ. ހިންދީންނާއި މުސްލިމުންގެ އެދީންތަކުގެ ޚާއްޞަ ދުވަސްތައް ފާހަގަ ކުރެއެވެ. 

އޮޅުދޫ ކަރައިގައި ބުދުފައްޅި ތަކާއި، މިސްކިތްތައް، ހިންދީންގެ ފައްޅި ތަކާއި، މަސީޙީންގެ ފައްޅިތައް ގިނަ އަދަދަކަށް ހުރެއެވެ. އުތުރު ނޫން ހުރިހާ ހިސާބެއްގައި ވެސް ބުދު ދީނުގެ އަހުލުވެރިން އުޅެއެވެ. އުތުރު، އިރުމަތި އަދި މެދުތެރޭގެ އުސް ހިސާބުތަކުގައި ހިންދީ ދީނުގެ އަހުލުވެރިން އުޅެއެވެ. މަޞީޙީން ގިނައިން އުޅެނީ ހުޅަގުގެ އައްސޭރި ފަށުގައެވެ. އައްސޭރި ފަށާއި އަދި އެތެރޭގެ އެކި ހިސާބުތަކުގައި މުސްލިމުން އުޅެއެވެ.

ޔުނެސްކޯ އިން ހޮވާފައިވާ ދުނިޔޭގެ އާސާރީ ތަރިކަ ތަކުގެ ތެރޭގައި އޮޅުދޫ ކަރައިގެ 7 ތަނެއް ފާހަގަކޮށްފައި ވެއެވެ. އެއީ އޭންސިއެންޓް ސިޓީ އޮފް ޕޮލޮނަރުވާ، އޭންސިއެންޓް ސިޓީ އޮފް ސިގިރިޔާ، ޑަމްބުއްލާގެ ރަން ބުދު ފައްޅި، އޯލްޑް ޓައުން އޮފް ގެއްލީ، ސެކްރެޑް ސިޓީ އޮފް އަނޫރާދަޕޫރާ، ސެކްރެޑް ސިޓީ އޮފް ކެންޑީ، އަދި ސިންހަ ރާޖާ ޖަންގަލި އެވެ. 

ސިގިރިޔާ އަކީ މެދުތެރޭ އޮޅުދޫ ކަރައިގައި އޮންނަ އާކިއޮލޮޖިކަލް ސައިޓެކެވެ. މިތާގައިވަނީ މީލާދީން 495-477ން ރަސްކަން ކުރެއްވި ކަސަޔާޕާ ރަސްގެފާނުގެ ގަނޑުވަރުގެ ބައިތަކެވެ. މިއީ ބަޔާންކުރެވުނު 7 ތަނުގެ ތެރެއިން ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއްތަންވެސް މެއެވެ. ބައެއް މީހުން ދުނިޔޭގެ 8 ވަނަ އަޖައިބުގެ ގޮތުގައި ސިގިރިޔާ ސިފަ ކުރެއެވެ.

އޮޅުދޫ ކަރައިގެ ގައުމީ ރޭޑިޔޯ ރޭޑިޔޯ ސިލޯން އަކީ އޭޝިޔާގައި ހުރި އެންމެ ދުވަސްވީ ރޭޑިޔޯ ސްޓޭޝަނެވެ. މިތަން އުފައްދާފައިވަނީ 1923 ވަނަ އަހަރު އެޑްވަރޑް ހާރޕަރ އެވެ. އޭޝިޔާގެ އެންމެ މަޝްހޫރު އެއް ރޭޑިޔޯ ރޭޑިޔޯ ސިލޯންގެ ޕްރޮގްރާމްތައް އަވަށްޓެރި ގައުމު ތަކަށް ވެސް ލިބެއެވެ. މިއަދު ރޭޑިޔޯ ސިލޯން ހިންގަނީ ސްރީލަންކަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ގެ ފަރާތުންނެވެ. ރޭޑިޔޯ ސިލޯން ދުރަށް ފޮނުވޭ ބަސްތަކުގެ ތެރޭގައި ސިންހަޅަ، ތަމަޅަ، ހިންދީ އަދި އިގިރޭސި ހިމެނެއެވެ. 

މަޝްހޫރު ޓީވީ ސްޓޭޝަން ތަކުގެ ތެރޭގައި ޑިރާނާ ޓީވީ، ސިރާސާ ޓީވީ، އީޓީވީ، އޭއާރްޓީވީ، މެކްސް ޓީވީ، އަދި ޝަކްތީ ޓީވީ ފަދަ ޓީވީ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން ދެކުނު އޭޝިޔާގެ ތަފާތު ގައުމުތަކުގެ ޗެނަލްތައް ވެސް އޮޅުދޫ ކަރައިގައި ވަރަށް މަޝްހޫރު އެވެ. 

މަޝްހޫރު ދުވަހު ނޫސް ތަކުގެ ތެރޭގައި އިގިރޭސި ބަހުން ނެރެވޭ ޑެއިލީ މިރަރ، ސަންޑޭ ޓައިމްސް، ސަންޑޭ އޮބްޒާވަރ، ސިންހަޅަ ބަހުން ނެރޭ ލަކްބިމާ، ލަންކާޑީޕާ، ދިވަނިޔާ، އަދި ތަމަޅަ ބަހުން ނެރޭ ދިނަކަރާ، އަދި އުތާޔަން ފަދަ ނޫސްތައް ހިމެނެއެވެ.

އޮޅުދޫ ކަރައިގެ ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 96 އިންސައްތަ އެވެ. މީގެ ތެރެއިން 66 އިންސައްތަ މީހުންނަކީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާ މީހުންނެވެ. ދެކުނު އޭޝިޔާގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ އޮޅުދޫ ކަރައިގައެވެ. ސުކޫލަށް ވަންނަ 90 އިންސައްތަ ކުދިން ސުކޫލް ތައުލީމީ މަރުޙަލާގައި ހިމެނޭ 9 އަހަރުގެ ކިޔެވުން ފުރިހަމަ ކުރާކަމަށް ތަފާތު ހިސާބުތައް ދައްކައެވެ. މިއީ 1938 ވަނަ އަހަރު އޭރުގެ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ސީސީ ޑަބްލިޔޫ ކަންނަގާރާ ފައްޓަވައިދެއްވި މިނިވަން ތަޢުލީމީ ނިޒާމްގެ ނަތީޖާ ކަމަށް ގިނަބަޔަކު ދެކެއެވެ. 

މރ ކަންނަގާރާ ވަނީ އޮޅުދޫ ކަރައިގެ އެކި ހިސާބު ތަކުގެ ރަށްފުށުގައި ގްރޭޓް ސެންޓްރަލް ސުކޫލްގެ ނަމުގައި ސުކޫލްތައް އުފައްދައި ކިޔަވައި ދިނުމުގެ މަސައްކަތް ފަށައިފައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އޮޅުދޫ ކަރައިގެ އެކި ހިސާބުތަކުގައި އަމިއްލަ އަދި އިންޓަނޭޝަނަލް މަދަރުސާތައް ވަނީ ގާއިމްކޮށްފައެވެ. އެންމެ ޢާއްމު ތަޢުލީމީ ޕްރޮގްރާމް ތަކުގެ ތެރޭގައި ޖީސީއެސްއީ އަދި އިންޓަނޭޝަނަލް ބެކްލޮރޭޓް ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. 

އޮޅުދޫ ކަރައިގެ ސާނަވީ ހުރިހާ ސުކޫލް ތަކެއްގައި ވެސް ގްރޭޑް 13-1 އަށް ކިޔަވައި ދެއެވެ. ގްރޭޑް 11 ގެ އަހަރު ޖީސީއީ އޯލެވެލް އިމްތިޙާން ހަދާއިރު، ގްރޭޑް 13ގެ އަހަރު ޖީސީއީ އޭލެވެލް އިމްތިޙާނުގައި އިށީދެއެވެ. ބޮޑެތި ޝަހަރު ތަކުގައި ހުންނަ ވަރަށް ގިނަ ސުކޫލް ތަކުގައި ކިޔަވައިދެނީ ދެ ޖިންސްގެ ކުދީންނަށް ވަކީންނެވެ. ނުވަތަ ދެޖިންސްގެ ކުދިންނަށް ވަކި މަދަރުސާ ތަކުގައެވެ. 

އޮޅުދޫ ކަރައިގައި ގިނަ އަދަދަކަށް ޔުނިވަސިޓީތައް ހުރެއެވެ. މަޝްހޫރު ޔުނިވަސިޓީ ތަކުގެ ތެރޭގައި ކޮލަމްބޯ ޔުނިވަސިޓީ، ޖަފްނާ ޔުނިވަސިޓީ، ކެލަނިޔާ ޔުނިވަސިޓީ، މޮރަޓުވާ ޔުނިވަސިޓީ، ޕެރަޑެނިޔާ ޔުނިވަސިޓީ، ރުހުނާ ޔުނިވަސިޓީ، ޔުނިވަސިޓީ އޮފް ސްރީ ޖަޔަވަރުދަނާޕޫރާ، އީސްޓަން ޔުނިވަސިޓީ އޮފް ސްރީލަންކާ، ސަބަރަގަމްވާ ޔުނިވަސިޓީ އޮފް ސްރީލަންކާ، ރަޖާރަތު ޔުނިވަސިޓީ އޮފް ސްރީލަންކާ، އަދި މިނޫން ބައެއް ޔުނިވަސިޓީތައް ހިމެނެއެވެ.

އޮޅުދޫ ކަރައިގެ ރަސްމީ ކުޅިވަރަކީ ވޮލީ ބޯޅައެވެ. ނަމަވެސް އޮޅުދޫ ކަރައިގައި އެންމެ މަޝްހޫރު ކުޅިވަރަކީ ކްރިކެޓް އެވެ. އެހެން ނަމަވެސް ގިނައަދަދެއްގެ މީހުން ފެނުގެ ކުޅިވަރު ތަކާއި، އެތުލެޓިކްސް، ރަގަބީ، ފުޓްބޯޅަ، އަދި ޓެނިސް ފަދަ ކުޅިވަރު ތަކުގައި ޝާމިލް ވާކަން ފާހަގަ ވެއެވެ. ކޮޅުބުގައި ތަފާތު ކުޅިވަރުތަކަށް ޚާއްޞަ ކްލަބުތައް ހުރެއެވެ. އޮޅުދޫ ކަރައިގެ ސުކޫލް ތަކާއި ކޮލެޖް ތަކުގެ މެދުގައި ގައުމީ އަދި ރަށްރަށުގެ ފެންވަރުގައި ތަފާތު ކުޅިވަރުތައް ރާވައި ހިންގުން އޮވެއެވެ. 

މޫދު ކުޅިވަރުގެ ގޮތުގައި ބެލެވޭ ބޯޓް ދުއްވުން، ރާޅާ އެޅުން، ފީނުން، ފެތުން ފަދަ ކުޅިވަރުތަކަކީ އޮޅުދޫ ކަރައިގެ އަހުލުވެރިންގެ އިތުރުން ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިފައިވާ ކުޅިވަރު ތަކެވެ. ވަރަށްގިނަ ޢަދަދެއްގެ ކުޅިވަރު ސްޓޭޑިއަމް ތައް އޮޅުދޫ ކަރައިގައި ހުރެއެވެ. ފާހަގަ ކޮށްލެވޭ ސްޓޭޑިއަމް ތަކުގެ ތެރޭގައި ސިންހަޅީޒް ސްޕޯޓްސް ކްލަބް ގްރައުންޑް، އާރް ޕްރެމަދާސާ ސްޓޭޑިއަމް، ރަންގިރީ ޑަމްބައްލާ ސްޓޭޑިއަމް، އަދި ގައްލޭ އިންޓަނޭޝަނަލް ސްޓޭޑިއަމް ފަދަ ތަންތަން ހިމެނެއެވެ. 

އޭޝިޔާ ކަޕް ތަފާތު ފަހަރުތަކު އޮޅުދޫ ކަރައިގައި ބާއްވައިފައި ވެއެވެ. އަދި 1996 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އޮޅުދޫ ކަރައިގައި ޕާކިސްތާން އަދި އިންޑިޔާ ގުޅިގެން ބާއްވައިފައި ވެއެވެ. މީގެ އިތުރުން 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ މެޗް ތައް ވެސް އޮޅުދޫ ކަރައިގައި ކުޅޭ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. 1996 ވަނަ އަހަރު ގެ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންގެ އިތުރުން 1996 އަދި 2004 ގެ އޭޝިޔާ ކަޕްގެ ޗެމްޕިއަންކަން ވެސް އޮޅުދޫ ކަރަ ހޯދާފައި ވެއެވެ.




#Article 6: އަފްޣާނިސްތާން (421 words)


އަފްޣާނިސްތާން ގެ ފުރިހަމަ ނަމަކީ އިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާން އެވެ. އަފްޣާނިސްތާން އޮންނަނީ އޭޝިޔާގެ މެދުތެރޭ ގައެވެ. އަފްޣާނިސްތާން އޮންނަ ހިސާބުގެ ގޮތުން ބައެއް ފަހަރު މެދުތެރޭ އޭޝިޔާ ގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަނެއް ބައި ފަހަރު ދެކުނު އޭޝިޔާގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. އަދި އަނެއްބައި ފަހަރު މެދުއިރުމަތީގެ ގައުމެއްގެ ގޮތުގައި ބެލެވެއެވެ. 
މިހާރު އަފްޣާނިސްތާނަށް ވަނީ ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ މެންބަރަކަށްވެފައެވެ. 

އަފްޣާނިސްތާނުގެ ރަސްމީ ބަހަކީ ދާރީ (ފާރިސީ) ބަހާއި ޕޮޝްތޫ ބަހެވެ. އިނގިރޭސި ބަހުން އަފްޣާނިސްތާނު މީހުންނަށް ކިޔަނީ އަފްގާންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކާބުލްއެވެ. އަފްޣާނިސްތާނުގެ ވެރިރަށަކީ ވެސް ކާބުލްއެވެ. އަފްޣާނިސްތާނަކީ އިސްލާމީ ޖުމްހޫރީ ތިއޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 28 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 44 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ af. އެވެ. ކޯލިން ކޯޑަކީ +93 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އަފްޣާނީއެވެ.

އަފްޣާނިސްތާން ގެ މާނައަކީ އަފްޣާނުންގެ ބިން މިއެވެ. “އަފްޣާން” މިނަން ވަރަށް ކުރީގެ ލިޔުންތަކުގައި ވެސް ފާހަގަ ކުރެވިފައިވެއެވެ. އަފްޣާނިސްތާނުގެ މީހުން އެއްބައިވަންތަ ކުރުވުމުގެ ގޮތުން “އަފްޣާން” އައިޑެންޓިޓީ އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭފުޅަކީ އަޙްމަދު ޝާހް ދުއްރާނީއެވެ.
އަފްޣާނިސްތާނު، މި ނަން 16 ވަނަ ޤަރުނުގައި، މުޣަލް އެމްޕެރަރ ބާބަރު ވަނީ ބޭނުންކުރައްވާފައެވެ. 

އަފްޣާނިސްތާން އަކީ އެގައުމުގެ ވަށައިގެންވާ ގައުމުތަކާއި، ދީނީ ގޮތުންނާއި، ބަހުގެ ގޮތުންނާއި، ގައުމު އޮތް ތަނުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެކެވެ. އަފްޣާނިސްތާން ގެ ދެކުނާއި އިރުން އިންވެގެން އޮންނަނީ ޕާކިސްތާން އެވެ. ހުޅަގުން އޮންނަނީ އީރާން، ތުރުކީ، އަދި އުޒްބަކިސްތާން އެވެ. އުތުރުން އޮންނަނީ ތަޖިކިސްތާން އެވެ. އަދި އިރު އުތުރުން އޮންނަނީ ސީނުކަރަ އެވެ. 

މިހާރުގެ އަފްޣާނިސްތާނު ވުޖޫދަށް އައިސްފައިވަނީ މީީލާދީން 1747 ގައި އަޙްމަދު ޝާހް ދުއްރާނީގެ ޤިޔާދަތުގައެވެ. އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި އަފްޣާނިސްތާނުގައި މީހުން ދިރިއުޅެން ފަށާފައިވާތާ މިހާރު އެތައް ހާސް އަހަރެއް ވެއްޖެއެވެ. 
އަފްޣާނިސްތާނު އޮތް މަޤާމުވެފައިވަނީ ތާރީޚީ ގޮތުން ބަލާއިރު ވަރަށް މުހިއްމު ސަރަޙައްދަކަށެވެ. އެއީ ހިންދު-ވިލާތީ ޙަޟާރަތުގެ ވަރަށް ގިނަ ކަންތައްތަކެއް މިބިމާ ގުޅިފައިވާ ކަމަށް ޓަކައި ވެސްމެއެވެ.
ޢީސާއީ މީލާދުގެ 2000 އަހަރު ކުރީން ހިންދު-ވިލާތީ ބަހުން މޮށިއުޅުނު އާރިޔާއިން މި ސަރަޙައްދުގައި އުޅުނުކަމަށް ބެލެވިފައިވެއެވެ.
އެހެން ނަމަވެސް އާރިޔާއިންނަކީ އަޞްލު އަފްޣާނިސްތާނުގެ ބައެއް ކަމަކަށް ބެލެވިފައެއް ނުވެއެވެ. އާރިޔާއިންގެ އަޞްލާމެދު ބެލެވިފައިވަނީ އެއީ، އަނަތޯލިޔާ ނުވަތަ ކުރުދިސްތާން ނުވަތަ މެދުތެރޭ އޭޝިޔާ ނުވަތަ އީރާން ނުވަތަ އުތުރު އިންޑިޔާ ކަމުގައެވެ. މީގެ ތެރެއިން ވެސް ބޮޑަށް ބެލެވިފައިވަނީ އާރިޔާއިންގެ އަޞްލަކީ އީރާން ކަމުގައެވެ. މެދު ޒަމާނުން ފެށިގެން 19 ވަނަ ޤަރުނާ ހަމަޔަށް އަފްޣާނިސްތާނަކީ ގްރޭޓަރ ޚުރާސާނުގެ ބައެކެވެ. 
މީލާދީން 18 ވަނަ ޤަރުނުގައި އަފްޣާނުން ކަންދަހާރަށް އެއްވެ، އަޙްމަދު ޝާހް ދުއްރާނީއަކީ އެމީހުންގެ ލީޑަރުކަމުގައި އިޚްތިޔާރު ކުރިއެވެ. އޮކްޓޯބަރު 1747 ގައި ރަސްކަމުގެ ތާޖު އަޙްމަދު ޝާހް ދުއްރާނީގެ އިސްތަށިފުޅުގައި އެޅުވުނެވެ. މީލާދީން 1751 ގައި އަޙްމަދު ޝާހް ދުއްރާނީ އާއި އޭނާގެ ލަޝްކަރު މިހާރުގެ މުޅި އަފްޣާނިސްތާނާއި ޕާކިސްތާނާއިި އީރާނުގެ ބައެއް ޝަހަރުތަކާއި ދިއްލީ ވެސް ފަތަޙަކުރިއެވެ.

އަފްޣާނިސްތާނުގެ އާބާދީއަކީ މިހާރު 28 މިލިއަން މީހުން ކަމުގައި ވިޔަސް، 2050 ވަނަ އަހަރާ ހަމައިގައި އެ ޤައުމުގެ އާބާދީގައި 82 މިލިޔަން މީހުން ތިބޭނެކަމަށް ބެލެވިފައިވެއެވެ.
އަފްޣާނިސްތާނުގެ އާބާދީގެ 42% އަކީ ޕަޝްތޫނީންނެވެ. 27% އަކީ ތަޖިކުންނެވެ. 9% އަކީ ހަޒާރާއިންނެވެ. 9% އަކީ އުޒްބެކުންނެވެ. 4% އަކީ އައިމަކުންނެވެ. 3% އަކީ ތުރުކުމަނުންނެވެ. 1% އަކީ ނޫރިސްތާނީީންނެވެ. 1% އަކީ ބަލޫޗީންނެވެ. 4% އަކީ އެހެން ނަސްލުތަކުގެ މީހުންނެވެ. 

އަފްޣާނިސްތާނަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. އަފްޣާން ރޮށްޓަކީ މުޅި މެދުތެރޭ އޭޝިޔާގައި ޚާއްޞަ ޤަދަރެއް ދެވިފައިިވާ މީރު ކާ އެއްޗެކެވެ. 

ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ވަޅު ޖަހާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 760 ޑޮލަރެވެ.




#Article 7: ބަންގާޅު (430 words)


ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލާދޭޝް ނުވަތަ ބަންގާޅަކީ ދެކުނު އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. ބަންގްލާދޭޝަކީ ޤުދުރަތީ ކާރިސާތަކާ އަބަދުމެ ކުރިމަތިލާން ޖެހިފައި އޮންނަ ޤައުމެކެވެ. އާބާދީއަށް ބަލާއިރު މުޅި ދުނިޔޭގައި ވެސް ހަތް ވަނަ އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމަކީ ބަންގާޅެވެ.

ބަންގްލާދޭޝް މިނަމަކީ ބެންގާލީ ނުވަތަ ބަންގްލާ ބަހުގެ ނަމެކެވެ. މި ނަމުގެ މާނައަކީ “ބަންގާޅީންގެ ޤައުމު” މިއެވެ. 

ބަންގާޅުގެ ކުޑަތަންކޮޅެއް ފިޔަވައި ހުރިހާ ފަރާތަކުން ސީމާވެފައިވަނީ އިންޑިޔާއާއެވެ. ބަންގާޅުގެ ދެކުނުގައި އޮތީ ޚަލީޖު ބަންގާޅެވެ. އިންޑިޔާގެ ވެސްޓް ބެންގާލް ސްޓޭޓާއެކު ބަންގްލާދޭޝަކީ ތާރީޚީ ބަންގާޅެވެ.

ބަންގާޅު އޮތް ސަރަޙައްދަކީ މީގެ 4000 އެއްހައި އަހަރު ކުރީއްސުރެ ވެސް ތާރީޚީ ގޮތުން މުހިއްމު ހާދިސާތަކެއް ހިނގާފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ދިރާވަރުންނާއި ޓިބެޓޯބަރުމާ މީހުންނާއި އޮސްޓްރޯއޭޝިއެޓިކް މީހުން ވަޒަންވެރިވެފައިވެއެވެ. މީގެ އިތުރުން އިންޑޯ-އާރިޔަން ނަސްލުގެ މީހުން ވެސް މި ސަރަޙައްދުގައި ވަޒަންވެރިވެފައިވެއެވެ.
ބަންގްލާ ނުވަތަ ބެންގާލް މި ބަހުގެ އަޞްލަކީ ކޮބައިކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް މިއީ ޢީސާއީ މީލާދުގެ 1000 އަހަރު ކުރީން މި ސަރަޙައްދުގައި ވަޒަންވެރިވި ދިރާވަރީ ޤަބީލާއެއް ކަމުގައިވާ “ބަންގް” އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.
ބަންގާޅުގައި ގަންގާރިދާއީ ރަސްކަން ފެށިފައިވަނީ ޢީސާއީ މީލާދުގެ ހަތް ޤަރުނު ކުރީންނެވެ. އޭގެ ފަހުން ބިހާރާއެކު އެއް ވެރިކަމެއްގެ ދަށުގައި ވެސް ބަންގާޅު ސަރަޙައްދު އޮތެވެ. އެއީ މަގާދާހ އާއި ނަންދާ އާއި މައުރިޔަން އަދި ސުންގާ ރަސްކަމުގެ ދުވަސްވަރުގައެވެ. އޭގެ ފަހުން ބަންގާޅު އޮތީ ގުޕްތާއިންގެ ވެރިކަމުގެ ދަށުގައެވެ. ދެން ހަރްޝާއިންގެ ވެރިކަމުގެ ދަށުގައެވެ.
މީގެ ފަހުން ކުޑަ ދުވަސްކޮޅަކަށް ވެރިކަން ކޮށްފައިވަނީ ނަން މަޝްހޫރު ބަންގާޅީއެއް ކަމުގައިވާ ޝަޝަންކާއެވެ. ޝަޝަންކާއަކީ މުޅި ބަންގާޅުގެ ތާރީޚުގައި ވެސް ފާހަގަކުރެވޭ ފުރަތަމަ އަމިއްލަ ރަސްގެފާނެވެ. 
މީގެ ފަހުން ޕާލާ އިންނާއި ސޭނާއިން ބަންގާޅުގެ މައްޗަށް ވެރިކަން ހިންގާފައިވެއެވެ. 
ބަންގާޅަށް އިސްލާމްދީން ފޯރާފައިވަނީ މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައެވެ. 16 ވަނަ ޤަރުނާ ހިސާބުން ބަންގާޅު އޮތީ މުޣޫލުންގެ ވެރިކަމުގެ ދަށުގައެވެ. އަދި މިއަދު ބަންގާޅުގެ ވެރި ރަށުގެ ގޮތުގައި އޮތް ދާހކާ ވެފައިވަނީ އިދާރީ ގޮތުން މުހިއްމު ރަށަކަށެވެ. 
ޔޫރަޕުގެ ވިޔަފާރިވެރިން މި ސަރަޙައްދަށް އައިސްފައިވަނީ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައެވެ. ފަހުން ބަންގާޅު އޮތީ ބްރިޓިޝް އިންޑިޔާގެ ބައެއްގެ ގޮތުގައެވެ. 

ޕާކިސްތާނުގެ ވެރިކަމުގެ ދަށުގައި ބަންގްލާދޭޝް ހޭދަކުރީ މުސްލިމުވެރިކަމެއްގެ ދަށުގައި މުސްލިމުން ކީއްކުރަންތޯއެވެ ޣައިރު މުސްލިމުން ވެސް ނޫޅޭނެ ފަދަ ޙާލަތެއްގައެވެ. ބަންގާޅު މީހުންގެ އަމިއްލަ ބަސްކަމުގައިވާ ބަންގާޅީ ބަސް ނައްތާލުމުގެ ޙަރަކާތެއް ވެސް ޕާކިސްތާނުން ވަނީ ހިންގާފައެވެ. 
މިކަމާ ގުޅިގެން ބަންގާޅުގެ މީހުން “ބަންގްލާ ބަހުގެ ޙަރަކާތާ”އިގެން 1952 ވަނަ އަހަރު ތެދުވިއެވެ. މި ޙަރަކާތް ވެގެން ދިޔައީ ޕާކިސްތާނާއި ބަންގްލާދޭޝާ ދެމެދު މައްސަލަތައް އިތުރުވެގެން ދިޔަ ކަމަކަށެވެ.

ޕާކިސްތާނުގެ ސަރުކާރުން ރަސްމީ ބަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ އުރުދޫ ބަހެވެ. މާދަރީ ބަސް ރަސްމީ ބަހެެއްގެ ގޮތުގައި ހަމަޖެއްސުމަށް ޓަކައި ކުރެވެމުންދިޔަ މުޒާހަރާތަކާ ގުޅިގެން ޢާއްމު ތަންތަނުގައި އެއްވެ އުޅުމަކީ މަނާކަމެއް ކަމުގައި ޕާކިސްތާނުގެ ސަރުކާރުން ކަނޑައެޅިއެވެ.
މިހިސާބުން ޔުނިވަރސިޓީ އޮފް ދާހކާގެ ޠާލިބުންނާއި ސިޔާސީ ޙަރަކާތްތެރިން ބައިވެގެން، ސަރުކާރުގެ އެންގުންތަކަށް ބެލުމެއް ނެތި 21 ފެބްރުއަރީ 1952 ގައި މުޒާހަރާކުރަން ފެށިއެވެ.
މި ދުވަހުގެ މުޒާހަރާގައި ބައިވެރިވި ބައެއް ކިޔަވާކުދީން ވަނީ ފުލުހުން ދިން ޙަމަލާތަކުގެ ޝިކާރައަކަށްވެގެން ގޮސްފައެވެ. ކިޔަވާކުދީންގެ ތެރެއިން ކުދިބަޔަކު މަރުވެގެން ދިއުމުން މަދަނީ ބޭސްނޭހުމުގެ ޙަރަކާތް މުޅި ބަންގާޅުގައި ފެތުރިގެން ދިޔައެވެ. 
އެތައް ދުވަހެއްގެ ކުރިމަތިލުންތަކަކަށް ފަހު 1956 ވަނަ އަހަރުގައި މަރުކަޒީ ސަރުކާރުން ބެންގާލީ ބަހަކީ ރަސްމީ ބަހެެއްކަމަށް ހަމަޖެއްސިއެވެ. އަދި އަމިއްލަ މާދަރީ ބަހަށްޓަކައި، ތިމާމެންގެ ފުރާނައިން ޤުރުބާންވެ، ޝަހީދުވި ބަޠަލުންގެ ހަނދާނުގައި 2000 ވަނަ އަހަރު އ.ދ ގެ ތަޢުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން 21 ފެބްރުއަރީ އަކީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ކަމުގައި ކަނޑައެޅިއެވެ.
މާދަރީ ބަހަށް ޓަކައި ޝަހީދުވި ބަޠަލުންގެ ހަނދާނުގައި 21 ފެބްރުއަރީއަކީ ބަންގާޅުގައި ބަންދު ދުވަހެކެވެ. އަދި މި ދުވަހުގައި ޝަހީދުވި ބަޠަލުންގެ ހަނދާނުގައި “ޝަހީދު މިނާރު” ބަންގާޅުގައި ބިނާކޮށްފައިވެއެވެ.




#Article 8: ބޫޓާން (1341 words)


ކިންގްޑަމް އޮފް ބޫޓާން ނުވަތަ ބޫޓާން އަކީ ސީނު ކަރައާއި ހިންދުސްތާނާއި ދެމެދު އޮންނަ ދެކުނު އޭޝިޔާގެ ގައުމެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު ބޫޓާނަކީ ފަރުބަދަ މަތީ ގައުމެކެވެ. ހިމާލިޔާ ފަރުބަދަ ތަކުގެ ހިސާބުގެ އުސްމިން ގާތްގަނޑަކަށް 23 ހާސް ފޫޓަށް ވާޞިލް ވެއެވެ. ބޫޓާންގެ އިގްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފޮރެސްޓްރީ، އެނިމަލް ހަޒްބެންޑްރީ އަދި ދަނޑުވެރިކަމުގެ މައްޗަށެވެ. އޭޕްރީލް 2006ގެ ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާގޮތުން ބޫޓާންގެ އާބާދީ އަކީ 672425 އެވެ. ބޫޓާންގެ ވެރި ރަށަކީ ތިމްޕޫ އެވެ. 
ބޫޓާން އަކީ ދުނިޔޭގެ އެންމެ އެކަހެރި އެއްގައުމުގެ ގޮތުގައި ބެލެވޭ ގައުމެވެ. ފަތުރުވެރިކަމާއި ބޭރުގެ އެހީ ކޮންޓްރޯލް ކުރަނީ ސަރުކާރުގެ ފަރާތުންނެވެ. އެއީ އެމީހުންގެ ތެރޭގައި އޮތް ޒަމާންވީ ޓިބެޓިއަން ބުދު ދީންގެ ސަގާފަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ. ބޫޓާންގެ ރަސްމީ ބަހަކީ ޖޮންކާ އެވެ. 

ތާރީޚީ އަދި ސަގާފީ ގޮތުން ބޫޓާން ވަނީ އުތުރަށް އޮތް ޓިބެޓާއި ގުޅިފައެވެ. ނަމަވެސް މިއަދު ސިޔާސީ އަދި އިގްތިޞާދީ ގޮތުން ހިންދުސްތާން އާއި ބޫޓާންގެ ގުޅުން އިތުރުކަން ފާހަގަ ކުރެވެއެވެ. 1907ން ފެށިގެން ބޫޓާންގައި އޮންނަނީ ރަސްކަމެވެ. ބޫޓާންގެ ރަސްކަލަކަށް ދުވަސްތަކެއް ވަންދެން ހުރި ޖިގްމޭ ސިންޔޭ ވަންޗުކް ވަނީ ޑިސެމްބަރު 2005 ގައި ގާނޫނީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކޮށްފައެވެ. 14 ޑިސެމްބަރު 2006 ގައި ޖިގްމޭ ސިންޔޭ ވަންޗުކު ރަސްކަމުން އަޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން ޖިގްމޭ ކޭސަރު ނަމްޔަލް ވަންޗުކު އޭނާގެ ބަދަލުގައި ތަޚްތަށް އިސްވާނެ ކަން އިޢުލާން ކުރިއެވެ. 22 އޭޕްރީލް 2007 ގައި ޖެހިގެން އޮތް 2008 ވަނަ އަހަރު ބޫޓާންގެ ތާރީކްގައި އޮންނަ ފުރަތަމަ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަން އިއުލާން ކޮށްފައި ވެއެވެ.

ބޫޓާން މިބަސް ނެގިފައިވަނީ ސާންސްކްރިތު ބަހެއް ކަމުގައިވާ  ބޫ-އުއްޓާން އިން ކަމަށްވެސް ވެދާނެއެވެ. މިބުނި ބަހުގެ މާނައަކީ އުސް ބިން އެވެ. ސާންސްކްރިތު އެހެން ބަހެއް ކަމުގައިވާ  ބޮޓްސް-އޭންޓް މިބަހުގެ މާނައަކީ ޓިބެޓްގެ ނިމުން ނުވަތަ ދެކުނު ޓިބެޓް އެވެ. ބޫޓާންގެ ބައެއް މީހުން އެގައުމަށް ޑުރުކް ޔަލް އޭ ކިޔައެވެ. މާނައަކީ ލޭންޑް އޮފް ތަންޑަރ ޑްރެގަން މިއެވެ. 

މާޒީގެ ތާރީޚްގައި ބޫޓާން އަށް ތަފާތު ނަންތައް ކިޔާފައި ވެއެވެ. އޭގެ ތެރޭގައި ލޯ މޮން ( ސަދަން ލޭންޑް އޮފް ޑާރކްނެސް ) ، ލޯ ސެންޑެންޖޮންގ ( ސަދަން ލޭންޑް އޮފް ސަންޑަލްވޫޑް ) ، ލޯމެން ކަޒްހީ ( ސަދަން ލޭންޑް އޮފް އެޕްރޯޗްސް ) އަދި ލޯމެން ޖޮންގ ( ސަދަން ލޭންޑް އޮފް މެޑިސިނަލް ހާރބްސް ) ފަދަ ނަންތައް ހިމެނެއެވެ.

ގަލާއި ހިލައިގެ އާލަތްތައް، ހަތިޔާރުތައް، އެތްތައް، އަދި ބޮޑެތި ގަލުން ހަދާފައިވާ އިމާރާތްތަކުގެ އޮނިގަނޑުތަކުން ބޫޓާން އަކީ ޢީސާގެ ފާނުގެ 2000 އަހަރު ކުރިން މީހުން އުޅުނު ގައުމެއްކަން ހެކިދެއެވެ. ޢީސާގެ ފާނުގެ 500 އަހަރު ކުރިންނާއި، އަދި މީލާދީގެ 600 ވަނަ އަހަރާއި ދެމެދު ބޫޓާންގެ އަސްލު އަހުލުވެރިން ދުނިޔޭގައި އުޅެދާނެ ކަމަށް ތާރީޚީ އިލްމުވެރިން ނަޒަރިއްޔާތައް ބުނެއެވެ. 

މީލާދީން 1827 ވަނަ އަހަރު ބޫޓާންގެ ކުރީގެ ވެރިރަށް ޕުނާޚާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަކެއް ބޭނުންތެރި ރިކޯޑްތައް އަދައި ހަލާކުވެ ދިއުމާއި ގުޅިގެން ބޫޓާންގެ ކުރީގެ ހަގީގީ ތާރީޅް ނުވަތަ ބޫޓާން އުފެދިގެން އައިއައުން އަދިވެސް ވަނީ ރަގަޅަށް ސާފު ނުވެއެވެ. 

އިގިރޭސިން ދެކުނު އޭޝިޔާގެ ސަރަޙައްދު ދޫކޮށް ދިޔަފަހުން 8 އޮގަސްޓް 1949 ގައި އިންޑިޔާއާއި ބޫޓާނާއި ދެމެދު ރަހުމަތްތެރިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނެވެ. 1951ގައި ޗައިނީޒް ލިބަރޭޝަން އާމީ ޓިބެޓަށް ވަނުމުން ބޫޓާން އިން އިންޑިޔާއާއި އެއްބަސްވުމަކަށް އައިއެވެ. އެއީ ސީނުކަރައިން ކުރިމަތިވެދާނެ ނުރައްކަލުގެ ޙާލަތުގައި އިންޑިޔާގެ އެހީ ހޯދުމަށްޓަކައެވެ. 

ބޫޓާންގެ ރަސްކަލަކަށް ދުވަސްތަކެއް ވަންދެން ހުރި ޖިގްމޭ ސިންޔޭ ވަންޗުކް ވަނީ ޑިސެމްބަރު 2005 ގައި ގާނޫނީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކޮށްފައެވެ. 14 ޑިސެމްބަރު 2006 ގައި ޖިގްމޭ ސިންޔޭ ވަންޗުކު ރަސްކަމުން އަޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން ޖިގްމޭ ކޭސަރު ނަމްޔަލް ވަންޗުކު އޭނާގެ ބަދަލުގައި ތަޚްތަށް އިސްވާނެ ކަން އިޢުލާން ކުރިއެވެ. 22 އޭޕްރީލް 2007 ގައި ޖެހިގެން އޮތް 2008 ވަނަ އަހަރު ބޫޓާންގެ ތާރީކްގައި އޮންނަ ފުރަތަމަ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަން އިއުލާން ކޮށްފައި ވެއެވެ. 

ބޫޓާންގެ އަސްކަރީ ޚިދުމަތް ބިނާވެގެންވަނީ ބޫޓާން ރޯޔަލް އާރމީގެ މައްޗަށެވެ. ބޫޓާން ރޯޔަލް އާރމީގައި ހިމެނެނީ ރޯޔަލް ބޮޑީގާރޑް، އަދި ރޯޔަލް ބޫޓާން ޕޮލިސް އެވެ. އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށްމެ ބޫޓާންގެ އަސްކަރީ ޚިދުމަތުގެ ތެރެއަށް ވަދެވިދާނެއެވެ. އިންޑިޔަން އާރމީންގެ ފަރާތުން ތަމްރީނު ކޮށްފައިވާ ސްޓޭންޑިންގ އާރމީންގެ ޢަދަދަކީ 6000 އެވެ. 

ތަފާތު 22 ގައުމަކާއި ބޫޓާންވަނީ ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އިއްތިޙާދު، ބަންގާޅު، ތައިލޭންޑް އަދި ކުވައިތު ހިމެނެއެވެ. އެމެރިކާ އަދި ޖެނީވާގައި ބޫޓާންގެ އދ. މިޝަންތައް ހުރެއެވެ. ބަންގާޅު، ހިންދުސްތާން، ގެ ސަފާރާ ތައް ބޫޓާން ގައި ހުރެއެވެ. ތައިލޭންޑްގެ ކޮންސުލޭޓް އެއް ބޫޓާންގައި ހުރެއެވެ. 
ބޫޓާން އާއި އިންޑިޔާ އާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްގައުމުގެ ރައްޔިތުންނަށް އަނެއް ގައުމަށް ޕާސް ޕޯޓް އަދި ވިސާއާއި ނުލައި ހަމައެކަނި އެމީހެއްގެ އައިޑެންޓިޓީ ކާޑް ހިފައިގެން ދަތުރު ކުރެވެއެވެ. ބޫޓާންގެ އުތުރަށް އޮތް ސީނު ކަރަ އާއި ބޫޓާން އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ދަތުރުކުރާ އެގައުމުތަކުގެ ރައްޔިތުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

ބޫޓާން އާއި ސީނު ކަރައާއި ދެމެދު ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރެވުނީ 1998 ވަނަ އަހަރު އެވެ. ދާދި ފަހުން ބޫޓާއިން ވަނީ މަކާއޯ އަދި ހޮންގޮންގ އަށް ބޫޓާން ސަރުކާރުގެ ކޮންސުލޭޓުން ކަނޑައަޅާފައެވެ. ބޫޓާން އާއި އެމެރިކާ އާއި ދެމެދު ރަސްމީ ގުޅުމެއް އަދި ނޯވެއެވެ. ނަމަވެސް ނުރަސްމީ ވާހަކަތައް އިންޑިޔާގައި ހުންނަ އެމެރިކާ ސަފާރާ މެދުވެރިކޮށް ބޭއްވެއެވެ.

ބޫޓާންގެ އުތުރުގެ ހިސާބުތައް އެކުލެވިގެންވަނީ އުސް ފަރުބަދަތަކާއި، އުސް ބިނާތަކުގެ މައްޗަށެވެ. މިހިސާބު ގަނޑުގައި އާއްމު ގޮތެއްގައި ބިމުގެ ސަތަހައަށްވުރެ 2300 ފޫޓް މައްޗަށް އުސްމިން ހުންނަ ކަމަށްވެއެވެ. އެންމެ އުސްހިސާބުގައި 24835 ފޫޓް ހުންނަ ކަމަށްވެއެވެ. މިއީ އާދަޔާ ޚިލާފަށް ފިނި ހިސާބެކެވެ. މިހިސާބަށް އާއްމުކޮށް ސްނޯ ފައިބާ ކަމަށް ވެއެވެ. 

ބޫޓާންގެ މެދުތެރޭގައިވާ ކަޅު ފަރުބަދަ އަކީ ބޫޓާންގައިވާ މައިގަނޑު ދެކޯރުގެ ނިޒާމް އާދެ! ދެކޯރު މޯޗޫ އަދި ޑްރެންމެޗޫ ވަކިކޮށްދޭ ތަނެވެ. ކަޅު ފަރުބަދަ ބިމުގެ ސަތަހައަށްވުރެ 8-4 ހާސް ފޫޓާއި ދެމެދުގެ މިންވަރަކަށް އުސްކަމަށް ބުނެވެއެވެ. ބޫޓާންގައިވާ މައި ކޯރު ތަކަކީ ތޮރްސާ، ރައިޑަކް، ސަންކޯސް، އަދި މަނަސް އެވެ. ބޫޓާންގެ އާބާދީގެ އެންމެ ބޮޑު ބަޔެއް ދިރި އުޅެމުންދަނީ ބޫޓާންގެ މެދުތެރޭ ހިސާބު ގައެވެ. ބޫޓާން އަށް ތަފާތު 5 މޫސުމެއް އަހަރުގެ ތެރޭގައި ކުރިމަތި ވެއެވެ. އެއީ ހޫނު، ރަބީއު، ޚަރީފް، ފިނި އަދި މޮންސޫން އެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ބޫޓާންގެ އިގްތިޞާދަކީ އެންމެ ހީނަރު އިގްތިޞާދެވެ. ނަމަވެސް މިހީ އާއި ޚިލާފަށް ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ބޫޓާންގެ އިގްތިޞާދީ ޙާލަތު ވަނީ ރަގަޅުވަމުން އައިސްފައެވެ. އިގްތިޞާދީ ކުރިއެރުމުގެ ނިސްބަތް 2005ގައި 8 އިންސައްތައިގައި އުޅޭއިރު، 2006ގައި މިނިސްބަތް އުޅެނީ 14 އިންސައްތައިގައެވެ. އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ ޢާއްމުދަނީ ގެ ނިސްބަތް ބޫޓާންގައި އުޅެނީ މީހަކަށް 1321 އެމެރިކާ ޑޮލަރެވެ. 

ބޫޓާންގެ އިގްތިޞާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި، ފޮރެސްޓްރީ އަދި ހައިޑްރޯއިލެކްޓްރިކް ޕަވަރ އިންޑިޔާ އަށް ވިއްކުމުގެ މައްޗަށެވެ. ގާތްގަނޑަކަށް އާބާދީގެ 80 އިންސައްތައިގެ ޢާއްމު ދަނީ ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ތަފާތު ބާވަތް ބާވަތުގެ އަތްތެރި މަސައްކަތްތައް ވެސް ބައެއް މީހުން ކޮށްއުޅެއެވެ. 

ބޫޓާންގައި އަދި ރެއިލްވޭގެ ނިޒާމެއް ގާއިމް ކުރެވިފައެއް ނުވެއެވެ. އިންޑިޔާއިން ޓިބެޓަށް ބޫޓާންގެ އުތުރުގެ އުސްބިންތައް ހުރަސްކޮށް ގެންގޮސްފައިވާ ރޭލު ދަތުރުކުރާ މަގު 1959ން ފެށިގެންވަނީ ބަންދުކުރެވިފައެވެ. މިމަގު ބޭނުންކުރެވުނީ ވިޔަފާރީގެ ދާއިރާތަކުގައި މުދާ އުފުލައި ހެދުމަށެވެ. 

ބޫޓާންގެ ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ހިމަގޮދަން، މިރުސް، އާފަލް، އޮރެންޖް، ބަކްވީޓް، އަދި ޒުވާރި ފަދަ ބާވަތްތައް ހިމެނެއެވެ. އިންޑަސްޓްރީގައި އުފައްދާ ބާވަތްތަކުގެ ތެރޭގައި ލަކުޑި، ސިމެންތި، ދަނޅުގައި ބަންދުކުރާ ކާނާގެ ބާވަތްތައް، އަދި ދަޅުގައި ބަންދުކުރާ ބުއިންތައް، އަދި ކެލްސިއަމް ކާރބައިޑް ހިމެނެއެވެ. 

ބޫޓާންގެ ފައިސާ އަކީ ގަލްޓްރަމް އެވެ. ނަމަވެސް އިންޑިޔާގެ ފައިސާ ރުޕީ ވެސް ބޫޓާންގައި ލީގަލް ޓެންޑަރެއްގެ ގޮތުން ގަބޫލު ކުރެއެވެ. ބޫޓާންގެ އިންފްލޭޝަން ރޭޓް 2003 ގައި 3 އިންސައްތައިގައެވެ. ބޫޓާންގެ މުދާ އެންމެ ގިނައިން ބޭރުކުރަނީ ހިންދުސްތާން، ބަންގާޅު އަދި ފިލިޕީންސް އަށެވެ. ބޫޓާން އަށް އެންމެ ގިނައިން މުދާ އެތެރެކުރަނީ އިންޑިޔާ، ޖަޕާން އަދި އޮސްޓްރިއާ އިންނެވެ. ޓިބެޓާއި ބޫޓާން އާއި ދެމެދު އޮތް ބޯޑަރު ބަންދުކުރުމާއި ވިދިގެން ބޫޓާނާއި ސީނު ކަރަ އާއި ދެމެދު މުދާ އެތެރެކޮށް ބޭރުކުރުމުގެ މަސައްކަތެއް މިހާރު ނުހިންގައެވެ.

އިދާރީ ބައިތައް 
އިދާރީ ގޮތުން ބޫޓާން ބަހާލެވިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އަދި މިއިން ކޮންމެ ބަޔެއް ވަނީ 5 ސަރަހައްދަކަށް ބަހާލެވިފައެވެ. އެހެން ކަމުން ތަފާތު 20 ހިސާބެއް ނުވަތަ ސަރަހައްދެއް ބޫޓާންގެ މައި ސަރަހައްދު ތަކުގެ ގޮތުގައި އޮވެއެވެ. މިގޮތުން ބޫޓާން ބަހާލެވިފައިވާ 20 ބައި ތިރީގައި މިވަނީ އެވެ. 

ޖޫން 2005ގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ބޫޓާންގެ އާބާދީ އަކީ 672425 އެވެ. އާބާދީގެ 20 އިންސައްތަ މީހުން ދިރިއުޅެނީ ރަށްފުށު ހިސާބުގައެވެ. ބިމުގެ ކޮންމެ އަކަ ކިލޯ މީޓަރަކަށް ބޫޓާންގައި ޖެހެނީ 45 މީހުންނެވެ. އެހެން ކަމުން ބޫޓާން ސިފަކުރެވެނީ އޭޝިޔާގެ ބިމުގެ ނިސްބަތުން އެންމެ އާބާދީ ކުޑަ ގައުމުގެ ގޮތުގައެވެ. އެންމެ މީހުން ގިނައިން ދިރިއުޅެނީ ބޫޓާންގެ ވެރިރަށް ތިމްޕޫ ގައެވެ. އެރަށުގައި 50 ހާސް މީހުން ދިރިއުޅެއެވެ. 

ބޫޓާން މީހުންގެ އިތުރުން އެހެން ބައެއް ނަސްލު ދީންތަކުގެމީހުން ވެސް ބޫޓާން ގައި ދިރިއުޅެއެވެ. ދެވަނަ އަށް އެންމެ ގިނައީ ބޫޓާންގެ ހުޅަގު ހިސާބުތަކުގައި އުޅޭ ގަލޮޕްސް ދަރިކޮޅު ގެ މީހުންނެވެ. ބުދު ދީނަށް ތަބާވާ މިދަރިކޮޅު މީހުންގެ ސަގާފަތާއި ދިރިއުޅުން ޓިބެޓްގެ މީހުންގެ ދިރިއުޅުމާއި ވަރަށް އެއްގޮތެވެ. ހަމަމިހެން އިރުމަތީ ހިސާބުތަކުގައި އުޅޭ ސާކޮޕްސް ދަރިކޮޅުގެ މީހުންނަކީ ވެސް މިފަދަ ބައެކެވެ. 15 އިންސައްތަ ނޭޕާލް ދަރިކޮޅުގެ މީހުން އުޅެއެވެ. އެމީހުންނަކީ ހިންދީ ދީނަށް ތަބާވާ މީހުންނެވެ. 

ބޫޓާންގެ ގައުމީ ބަހަކީ ޖޮންކާ އެވެ. މިއީ ޓިބެޓްގައި ވާހަކަ ދައްކާ ބަހުރުވައިގެ ޢާއިލާގައި ހިމެނޭ 53 ބަހުގެ ތެރެއިން ބަހެކެވެ. ލިޔަން ބޭނުންކުރާ ސްކްރިޕްޓަށް ކިޔަނީ ޗޮކޭ އެވެ. މިއީ ޓިބެޓްގެ ސްކްރިޕްޓާއި ވަރަށް އެއްގޮތް ގާތްކުރާ ސްކްރިޕްޓެކެވެ. ޓިބެޓްގައި ވާހަކަ ދައްކާ ތަފާތު 19 ބަހެއް އެއީ ބޫޓާންގައި ވާހަކަ ދައްކާ ޖޮންކާ ބަހުގެ ބަހުރުވަތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބޫޓާންގެ ހުޅަގުގައި ލެޕްޗާ އޭކިޔޭ ބަހުރުވައަކުން ވާހަކަ ދައްކާއިރު އިރުމަތީ ހިސާބުގައި ވާހަކަ ދައްކަނީ ޝަންގަލާ އޭ ކިޔޭ ބަހުރުވަ އަކުންނެވެ. ދެކުނުގައި ޢާއްމުކޮށް ވާހަކަ ދައްކަނީ ނޭޕާލް ބަހުންނެވެ. ތަފާތު 24 ބަހަކުން ބޫޓާންގައި ވާހަކަ ދައްކައި އުޅޭކަން ހޯދިފައި ވެއެވެ. 

ބޫޓާންގެ މަދަރުސާ ތަކުގައި ކިޔަވައިދެނީ އިގިރޭސި މީޑިއަމަށެވެ. ޖޮންކާ ކިޔަވާދެނީ މަޖުބޫރު ބަހެއް ނުވަތަ މާއްދާއެއްގެ ގޮތުގައެވެ. ބޫޓާންގެ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 42.2 އިންސައްތަ އެވެ. ބޫޓާން މީހުންގެ ދިރިހުންނަ ކަމާ ލަފާ ކުރެވޭ މުއްދަތު އުޅެނީ 62.2 އަހަރުގައެވެ.

ބޫޓާން އަށް ޒިޔާރަތް ކުރުން އޮންނަނީ ވަކި މިންގަޑެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. ފަތުރުވެރިންނަށް ދޫކުރެވޭ ވިސާވެސް ދޫކުރެވެނީ އަހަރަކު ވަކި މިންވަރަކަށެވެ. ބޫޓާންގެ ރަސްމީ ހެދުމަކީ ކަލުލާއި ހަމައަށް އިންނަ ގޯ އޭ ކިޔޭ ހެދުމެކެވެ. އަންހެނުން އަޅާ ރަސްމީ ނުވަތަ ގައުމީ ހެދުމަށް ކިޔަނީ ކީރާ އެވެ. ވަރަށް ގިނަ އަންހެނުން ކަންފަތުގައި މުދި ލާފައި ހުންނަ ތަން ފެނެއެވެ. 

ބޫޓާންގެ ޢާއްމު ކެއުމުގެ ތެރޭގައި ހަނޑުލާއި ޒުވާރި ބޭނުން ކުރެއެވެ. އަދި އުސް ހިސާބު ތަކުގައި އުޅޭ މީހުން ގެރި ބަކަރި، ކުކުޅު ފަދަ ތަކެތީގެ މަސް ކެއުމަށް ބޭނުންކުރާކަމަށް ފާހަގަވެފައި ވެއެވެ. ފިނި މޫސުމްގައި އެންމެ މަޝްހޫރު ކެއުމަކީ މިރުހާއި އެއްކޮށްގެން ހަދާފައި ހުންނަ އެއްގަމު މަހާ، ހަނޑޫ އަދި ތަރުކާރީގެ ސުރުވާ އެވެ. ބަޓަރާއި ޗީޒް އަކީ ވެސް ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ދެބާވަތެވެ. މީގެ އިތުރުން ބަޓަރު ސައި، އަދި އާދައިގެ ސަޔަކީ ވެސް ވަރަށް ޢާންމު ބުއިންތަކެވެ. ބޫޓާން އަކީ ދުންފަތުގެ އިސްތިޢުމާލު ކޮށް ވިއްކުން މަނާކޮށްފައިވާ ހަމައެކަނި ގައުމެވެ. 

ބޫޓާން ގެ ގައުމީ ކުޅިވަރަކީ އާޗެރީ އެވެ. ޑާޓަކީ ވެސް ވަރަށް މަޝްހޫރު ކުޅިވަރެކެވެ. ބޫޓާންގައި ކުޅޭ މަޝްހޫރު ސަގާފީ އެއް ކުޅިވަރަކީ ޑިގޯރ އެވެ. ފުޓްބޯޅަ ކުޅޭ މީހުންނާއި ފުޓްބޯޅައިގެ މަގުބޫލުކަން ބޫޓާންގައި އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ރިގްސަރ އަކީ ބޫޓާން ގައި މަޝްހޫރު ވަމުންނަ އަންނަ މިއުޒިކްގެ ވައްތަރެކެވެ. ވަރަށް ގިނަ ބަންދު ދުވަސްތައް ބޫޓާންގައި ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ގައުމީ ދުވަސް ، އަދި ތަފާތު މޫސުންތައް ފެށޭ ދުވަސްތައް ހިމެނެއެވެ.

 




#Article 9: ނޭޕާލް (956 words)


ނޭޕާލަކީ ދެކުނު އޭޝިޔާ އަށް ނިސްބަތްވާ ގައުމެކެވެ.
 ، މި ޤައުމަކީ އެހެން ޤައުމު ތަކެކޭ އެއްފަދައިން ފާހަގަ ކޮށްލެވޭ ޤައުމެކެވެ. ނޭޕާލްގެ ފުރިހަމަ ނަމަކީ ސްޓޭޓް އޮފް ނޭޕާލް އެވެ. ކުރިން ނޭޕާލަށް ކިޔަނީ ކިންގްޑަމް އޮފް ނޭޕާލް އެވެ. ނޭޕާލާއި ބޯޑަރު ކުރެވިފައިވާ ގައުމު ތަކަކީ އުތުރުން ސީނު ކަރައިގެ ޓިބެޓާއި، ހުޅަގާއި އިރު އަދި ދެކުނުން އިންޑިޔާއެވެ. ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ތެރެއިން 8 ފަރުބަދަ ހުންނަނީ ނޭޕާލް ގައެވެ. މިބުނި ފަރުބަދަ ތަކުގެ ތެރޭގައި އެވަރެސްޓް ފަރުބަދަ ވެސް ހިމެނެއެވެ. 

ނޭޕާލް މަޝްހޫރު ވެފައިވަނީ ފަރުބަދަ އަށް އެރުމާއި، ހިނގުމާއި، ފަރުބަދައިގެ ބައިސްކަލް ދުއްވުމާއި، ބޮޑެތި ޖަނަވާރު ގެންގުޅޭ ޕާރކް ތަކާއި، ޖަންގަލީގެ ސަވާރީ ދުއްވުމާއި، ކުޅިވަރަށް މަސްބޭނުމާއި، ކޯރު ތެރޭގައި މަޖާކޮށް ހެދުން ފަދަ ކަންތައް އާންމު ތަނެއްގެ ގޮތުގައެވެ.  ނޭޕާލްގެ ވެރިރަށް އަދި އެންމެ ބޮޑު ޝަހަރުގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ކަތުމަންޑޫ އެވެ. އެހެނިހެން ބޮޑެތި ރަށްތަކުގެ ތެރޭގައި  ބިރަޓްނަގަރު، ލަލިތުޕޫރު، ބާރަތުޕޫރު، ބިރެންޑްނަގަރު، ދަމަކް ،ދަންގަދީ، މެހެންދުރަނަގަރު، ބުޓްވަލް، އަދި ޖަނަކް ޕޫރު ފަދަ ރަށްތައް ހިމެނެއެވެ. ކޮންސްޓިޓިއުޝަނަލް މޮނާކީ އެއްގެ ގޮތުގައި ނޭޕާލް ވެގެންދިޔައީ 1990 ވަނަ އަހަރު ގެ ތެރޭގައެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ވާދީގެ ތެރެއިން ފެނުނު ނިއޯލިތިކް އާލަތްތައް ހެކިދޭގޮތުން ހިމާލަޔާ ފަރުބަދަ ހިމެނޭ ސަރަހައްދުގައި މީހުން އުޅޭތާ އެންމެ މަދުވެގެން 900 އަހަރުވަރު ވެދާނެއެވެ. ބެލެވޭގޮތުގައި 2500 ވަރަކަށް އަހަރު ކުރިން ޓިބެޓް-ބަރުމާ ދަރިފަސްކޮޅުގެ މީހުން ނޭޕާލްގައި އުޅެފައި ވެއެވެ.

ޓްރިޕޮޒޮއިޑަލް ބައްޓަމަށް އޮންނަ ނޭޕާލްގެ ދިގުމިނުގައި 500 މޭލު ހުންނަ އިރު ފުޅާމިނުގައި ހުންނަނީ 125 މޭލެވެ. ނޭޕާލް ގައި ފިޒިއޮގްރަފިކް 3 ހިސާބެއް ވެއެވެ. އެއީ ޓެރައި ސަރަަހައްދު، ވާދީތައް، އަދި ފަރުބަދަތައް ހިމެނޭ އުސް ސަރަހައްދެވެ. ނޭޕާލް އާއި އެމެރިކާގެ އަރްކަންސަސް ސިޓީއާއި ދާދި އެއްވަރު ކަމުގައި ބުނެވެއެވެ. މެދޭސީ ޕްލެއިން ކިޔާ ހިސާބުގައި 3 ކޯރެއް އޮވެއެވެ. އެއީ ކޯޝީ، ނަރަޔާނީ އަދި ކަރުނަލީ ކޯރެވެ. މިހިސާބުގެ ޖައްވަކީ ހޫނު ތެތްކަމެއް އެކުލެވޭ ޖައްވެކެވެ. 

ފަރުބަދަތައް ހިމެނޭ ސަރަހައްދުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހިމެނެއެވެ. އޭގެ ތެރޭގައި 8850 ފޫޓްގެ އުސްމިން ހުންނަ އެވަރެސްޓް ފަރުބަދަ ވެސް ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ތެރެއިން 8 ފަރުބަދަ ހުރީ ވެސް ނޭޕާލްގައެވެ. އޭގެ ތެރޭގައި ލޮޗީ، މަނަސްލޫ، އަންނަޕުރުނާ، ދައުލަގިރީ، މަކާލޫ އަދި ޗޯޔޫ ފަދަ ފަރުބަދަތައް ހިމެނެއެވެ. 

މޫސުމަަށް އަންނަ ބަދަލާއި ގުޅޭގޮތުން ނޭޕާލް 5 ސަރަހައްދަކަށް ބަހާލެވެއެވެ. އޭގެ ތެރޭގައި ޓްރޮޕިކަލް، ސަބްޓްރޮޕިކަލް، ހޫނު، ފިނި އަދި ސަބްއާކްޓިކް މި 5ސަރަހައްދު ހިމެނެއެވެ. ބަގްލަދޭޝްއާއި ނޭޕާލް ބޯޑަރު ކުރެވިފައި ނެތްނަމަވެސް މިދެގައުމު ވަކިކުރަނީ ވަރަށް ހަނި ބިމަކުންނެވެ.

ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ. ނޭޕާލް އާބާދީގެ 76 އިންސައްތަ މީހުން ދަނޑުވެރިކަމުގެ މަސައްކަތުގައި ހިއްސާވެއެވެ. 8500 ކިލޯ މީޓަރަށްވުރެ ދިގުމިނަށް ތާރު އެޅި މަގުތައް ހެދިފައި ވެއެވެ. 59 ކިލޯ މީޓަރުގެ ދިގުމިން ހުރި ރޭލްވޭ އެއް ބިނާކުރެވިފައި ވެއެވެ. ޖުމްލަ 48 ވައިގެ ބަނދަރު އޮތް އިރު އޭގެ ތެރެއިން 10 ވައިގެ ބަނދަރަކީ ތާރުއަޅާއިގެން ފެންވަރު ރަގަޅުކޮށް ހެދިފައިވާ ތަންތަނެވެ. އާބާދީގެ ކޮންމެ 19 މީހަކަށް އެއްފޯނަށްވުރެ ގިނަ ޓެލެފޯން ނޭޕާލްގައި ބޭނުންކުރެއެވެ. މޯބައިލް ފޯންގެ ޚިދުމަތް ފުޅާވަމުން އަންނައިރު 2005ގެ ހިސާބުތައް ދައްކާގޮތުން 17500 އިންޓަނެޓް ކަނެކްޝަންތައް ނޭޕާލްގައި ގުޅާދެވިފައި ވެއެވެ. 

އައްސޭރި ފަށެއް ނެތުމާއި، ނޭޕާލްގެ އެތެރޭގެ ދާޚިލީ ހަމަ ނުޖެހުން ތަކުގެ ސަބަބުން ނޭޕާލްގެ އިގްތިޞާދަށް ހީނަރުކަން އައިސްފައިވާކަން ފާހަގަވެއެވެ. ބޭރުގެ އެހީތައް ނޭޕާލަށްދޭ ގައުމު ތަކުގެ ތެރޭގައި ސީނުކަރަ، ހިންދުސްތާން، ޔުނައިޓެޑް ކިންގޑަމް، އެމެރިކާ، ޖަޕާން، އަދި ސްވިޒްލޭންޑާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ. އިންފްލޭޝަން ރޭޓް ނޭޕާލްގައި މިހާރު އުޅެނީ 2.9 ގައެވެ. 

ނޭޕާލްގެ ދަނޑުވެރިން ޢާއްމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ޒުވާރި، ގޮދަން، އުއްދަނޑި، ހިމެނެއެވެ. މީގެ އިތުރުން ކިރާއި ބަފަލޯގެ މަސް ފަދަ ތަކެތި ނޭޕާލުން ލިބެން ހުރެއެވެ. ނޭޕާލްގެ ވަރަށް ގިނަ މީހުން ޚަލީޖް ގައުމު ތަކަށާއި، މެލޭޝިޔާ އަދި ހިންދުސްތާނަށް މަސައްކަތް ކުރުމަށްގޮސް އުޅެއެވެ

ނޭޕާލްގެ ގާނޫނު ހަދާ މަޖިލިސް އެކުލެވިގެންވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އަދި ނޭޝަނަލް ކައުންސިލްގެ މައްޗަށެެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގައި ހިމެނެނީ ރައްޔިތުން ހޮވާ 225 މެންބަރުންނެވެ. ނޭޝަނަލް ކައުންސިލްގައި 60 މެންބަރުން ހިމެނޭ އިރު އޭގެ ތެރެއިން 10 މެންބަރުން އައްޔަންކުރަނީ ރަސްގެފާނުއެވެ. 35 މެންބަރުން ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ކަނޑައަޅާއިރު ބާކީ 15 މެންބަރުންނަކީ އެކިއެކި އަވަށްތަކުން ވޯޓްލައިގެން ހޮވޭ ބަޔެކެވެ. ގާނޫނު ހަދާ މަޖިލިސްގެ މުއްދަތަކީ 5 އަހަރެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށްމެ ވޯޓް ލުމުގެ ހައްގު ލިބިގެންވެއެވެ.

ނޭޕާލްގެ އަސްކަރިއްޔާ ބިނާވެގެންވަނީ ނޭޕާލް އާރމީ އެއަރ ސާރވިސް އަދި ނޭޕާލީ ޕޮލިސް ފޯސްގެ މައްޗަށެވެ. 19 މެއި 2006ގައި ނޭލާޕް ރޮޔަލް އާރމީގެ ނަން ނޭޕާލީ އާރމީ މިނަމަށް ބަދަލު ކުރުމަށް ހުށަހެޅުނެވެ. ނޭޕާލް ސިފައިންގެ ތެރެއަށް ވަދެވޭ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. ނޭޕާލްގެ އަސްކަރިއްޔާ އަށް 99.2 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށް 2004ގެ ތަފާސް ހިސާބުތައް ދައްކައެވެ. ނޭޕާލްގެ ސިފައިންގެ ގޮތުގައި 90 ހާސް މީހުން ހަރަކާތްތެރި ވެއެވެ. 

ނޭޕާލްގެ އަވަށްޓެރި ހިންދުސްތާން އަދި ސީނުކަރަ އާއި ނޭޕާލާއި ގާތްގުޅުމެއް އޮވެއެވެ. ހިންދުސްތާން އާއި ނޭޕާލާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ދެގައުމުގެ މީހުންނަށް އެއްގައުމުން އަނެއް ގައުމަށް ވިސާ އަދި ޕާސްޕޯޓާއި ނުލައި ދަތުރުކުރެވެއެވެ. ޖަރުމަނަކީ ނޭޕާލާއި ގާތްގުޅުމެއް އޮންނަ ގައުމެކެވެ. އަދި ޔުނައިޓެޑް ކިންގޑަމް އާއި ނޭޕާލާއި ދެމެދުވެސް މިފަދަ ގާތްގުޅުމެއް ވެއެވެ.

ނޭޕާލް ވަނީ 14 ސަރަހައްދެއް 75 އަވަށަކަށް ބަހާލެވިފައެވެ. ކޮންމެ ސަރަހައްދެއްގައި ޗީޕް ޑިސްޓްރިކްޓް އޮފިސަރެއް ހުރެއެވެ. އެކިކަންކަމުގެ އަމުރު ނެރެ ހިންގާ ފަރާތަކީ އެއީ އެވެ. ނޭޕާލް ބަހާލެވިފައިވާ 14 ސަރަހައްދު ތިރީގައި މިވަނީ އެވެ. 

ޖުލައި 2005ގެ ތަފާސް ހިސާބު ދައްކާގޮތުން ނޭޕާލްގެ އާބާދީ އަކީ 27676547 އެވެ. އާބާދީގެ 57.3 އިންސައްތަ މީހުންނަކީ އުމުރުން 15 އަހަރާއި 64 އަހަރާއި ދެމެދުގެ އުމުރުގެ މީހުންނެވެ. 39 އިންސައްތަ މީހުންނަކީ 14 އަހަރުން ދަށުގެ ކުދިންނެވެ. މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ އެވްރެޖް އުމުރަކީ 59.8 އަހަރެވެ. ނޭޕާލްގެ ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 53.74 އެވެ. 

ނޭޕާލީ އަކީ ނޭޕާލްގެ ގައުމީ ބަހެވެ. އާބާދީގެ 47.8 އިންސައްތަ މީހުން ފުރަތަމަ ބަހެއްގެ ގޮތުގައި ނޭޕާލީ ބަހުން ވާހަކަ ދައްކައި ހަދައި އުޅެއެވެ. ނޭޕާލްގައި ވާހަކަ ދައްކާ އެހެން ބަސްތަކުގެ ތެރޭގައި މައިތިލި، ތާރޫ، ބޮޖްޕޫރީ، ނޭޕާލް ބާސާ، ތަމަންގ، ވަގަރުމ އަދި އަވަދި ފަދަ ބަސްތައް ހިމެނެއެެވެ.

ނޭޕާލުގެ ސަގާފަތަކީ އަވަށްޓެރި ސީނުކަރަ އާއި އަދި ހިންދުސްތާނުގެ ސަގާފަތާއި ވަރަށް ގާތްކުރާ ސަގާފަތެކެވެ. ހެދުން އެޅުމާއި، ވާހަކަ ދެއްކުން، އަދި ކާން ބޭނުންކުރާ ކާނާގައި މިބުނި ގައުމުތަކާއި އެއްގޮތްކަމެއް ހުރެއެވެ. ނޭޕާލްގެ ޚާއްޞަ އެއް ކެއުމަކީ ހެދުނާއި އިރު އޮއްސޭރި ކައި އުޅޭ ދާލްބަޓް އޭ ކިޔޭ ކެއުމެވެ. މިކެއުން ތައްޔާރު ކުރަނީ ދާލް، ތަރުކާރީ އަދި ހަނޑޫއާއި ހަވާދުގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. މިބުނި ވަގުތުގެ ދެމެދުގައި މާނައަކީ ހެދުނު ގެ ކެއުމާއި އިރު އޮއްސުމުގެ ކެއުމާއި ދެމެދުގައި ސަޔާއެކު ލުއި ކެއުންތައް ބޭނުންކޮށް އުޅެއެވެ. އެއްގަމު މަހާ ކަނޑުމަސް އަދި ބިސް ފަދަ ތަކެތި ކައި އުޅެނީ އާއްމު ގޮތެއްގައި މީހުންނަށްދީ އުޅޭ ޖާފަތް ފަދަ ތަކެތީގެ ގޮތުގައެވެ. ނުވަތަ އެފަދަ ކެއުންތަކުގައެވެ. 

ފަރުބަދަ މަތީ ހިސާބުތަކުގެ މީހުންގެ މައިގަނޑު ކެއުމުގައި ޒުވާރި، ހަނޑޫ، ފުށް، އަދި އަލުވި ފަދަ ބާވަތްތައް ބޭނުން ކުރެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ބަނގުއާވި ހުންނަ ބުއިންތައް މަޝްހޫރުކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ރަކްޝީ އަދި ޗާންގ ފަދަ ބުއިންތައް ހިމެނެއެވެ. 

ވެރިރަށް ކަތުމަންޑޫގައި އެންމެ އާއްމުވެފައި މަޝްހޫރީ ނެވާރީންގެ ސަގާފަތެވެ. އެރަށުގައި ފާހަގަކުރާ ގިނަ ޢީދުތަކާއި ހަފްލާ ތަކަކީ ނެވާރީންގެ ސަގާފަތާއި ގުޅުވައިގެން ފާހަގަކުރާ ކަންކަމެވެ. 

ނޭޕާލްގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓް ބޯޅަ އެވެ. އެއަށްފަހު ކްރިކެޓާއި ކަބައްޑީ އެވެ. ޝަހީދުންގެ ހަދާނީ ފުޓްބޯޅަ ލީގަކީ ނޭޕާލްގައި ގައުމީ ފެންވަރެއްގައި ބޭއްވޭ ފުޓްބޯޅަ މުބާރާތެވެ. ނޭޕާލްގެ ޓީވީ ޗެނަލް ތަޢާރަފްކުރެވުނީ 1980 ވަނަ އަހަރު އެވެ. މިހާރު ނޭޕާލުން ބްރޯޑްކާސްޓް ކުރާ 6 ޓީވީ ޗެނަލް ހުރެއެވެ. އެއީ ސަރުކާރުގެ ދެޗެނަލް އާއި، އަމިއްލަ 4 ޗެނަލް އެވެ. އިންޑިޔާއިން ބްރޯޑްކާސްޓްކުރާ ވަރަށްގިނަ ޢަދަދެއްގެ ޓީވީ ޗެނަލްތައް ސެޓެލައިޓް މެދުވެރިކޮށް ނޭޕާލް މީހުން ބަލައި އުޅެއެވެ. 

މުޅި ނޭޕާލްގެ ހުރިހާ ހިސާބެއްގެ މީހުންވެސް ރޭޑިޔޯ އަޑުއަހައި އުޅެއެވެ.2000 ވަނަ އަހަރު ނޭޕާލްގައި އެންމެ 12 ރޭޑިޔޯ ސްޓޭޝަން ހުރި އިރު މިހާރު 56 ރޭޑިޔޯ ސްޓޭޝަން އެބަހުއްޓެވެ. ނޭޕާލްގެ ރަސްމީ ބަންދު ދުވަހަކީ ހޮނިހިރު ދުވަހެވެ. ގައުމީ ބަންދު ދުވަސްތަކުގެ ތެރޭގައި ގައުމީ ދުވަސް، ޕްރިތްވީ ޖަޔަންތީ އަދި ޝަހީދުންގެ ދުވަސް ފަދަ ދުވަސްތައް ހިމެނެއެވެ. 

ނޭޕާލްގައި އާއްމު ގޮތެއްގައި ކުރެވޭ ކައިވެނިތަކަކީ ރޭވިގެން ކުރެވޭ ކައިވެނި ތަކެކެވެ. ނުވަތަ އެރޭންޖް މެރިއޭޖް ތަކެކެވެ. ދެއަތްބަށް މީހުނާއި އިނުމަކީ ނޭޕާލްގެ ގާނޫނުގައި މަނާކަމެކެވެ.

 

 




#Article 10: ޕާކިސްތާން (1213 words)


ޕާކިސްތާނަކީ ދެކުނު އޭޝިޔާ އަށް ނިސްބަތްވާ ގައުމެކެވެ.

އުރުދޫ ސިންދު އަދި ފާރިސީ ބަހުގެ ޕާކިސްތާނުގެ މާނައަކީ ލޭންޑް އޮފް ޕުއަރ އެވެ. ޕާކްސްތާން މިނަން 1934 ގައި ޗޯދުރީ ރަޙުމަތު ޢަލީ އޭރު ނެރެވުނު ޕެމްފްލެޓެއް ކަމުގައިވާ ނައު އެންޑް ނެވަރ ގައި ލިޔުނެވެ. މިނަން މިގޮތަށް ދިނީ ޕާކިސްތާނުގެ ތަފާތު 5 ހިސާބެއްގައި ދިރިއުޅޭ 30 މިލިއަން މުސްލިމުންނާއި ގުޅުވައިގެންނެވެ. ޕާކްސްތާން އިގިރޭސިން ލިޔާއިރު ހިމެނޭ ޕީ-އޭ-ކޭ-ސްތާން މި ބައިތަކުން ދޭހަވާގޮތް މިވަނީ އެވެ. ޕީ ޕަންޖާބަށް ނިސްބަތްވާއިރު އޭ ނިސްބަތްވަނީ އަފްޣާން އަށެވެ. ކޭ ކަޝްމީރަށް ނިސްބަތްވާއިރު، އެސް ނިސްބަތްވަނީ ސިންދު އަށެވެ. އަދި ސްޓާން ނުވަތަ ސްތާން ނިސްބަތްވަނީ ބަލޫކިސްތާން އަށެވެ. ޕާކިސްތާން އުފެދިގެން އައީ ޑޮމިނިއަން އޮފް ޕާކިސްތާންގެ ނަމުގައި 1974 ގައެވެ. ނަމަވެސް ފަހުން 1956ގައި ޕާކިސްތާންގެ ނަން ވަނީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާން އަށް ބަދަލު ކުރެވިފައެވެ.

މިއަދު  ޕާކިސްތާން ބަހާލެވިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ ޕަންޖާބު، ސިންދު، ބަލޯކިސްތާން، އަދި ނޯރތު ވެސްޓް ފްރަންޓިއަރ ޕްރޮވިންސް އަށެވެ. އިންޑިޔާ އާއި ޕާކިސްތާނާއި ދެމެދު މައްސަލަ ޖެހިފައިވާ ކަޝްމީރުގެ ބައެއް ވެސް ޕާކިސްތާނުގެ ދަށުގައި އޮވެއެވެ. 

ޕާކިސްތާނުގެ ތާރީކްގައި އެތަނުގައި ހަރައްޕަން، އިންޑޯ އާރްޔަން، ފާރިސީ، ގްރޭސިއަން، ޕާރތިއަން، ސަކާ، ކުޝާން، ވައިޓް ހޫން، އަފްޣާން، އަރަބި، މޮންގޯލީ، އަދި ތުރުކީ ދަރިފަސްކޮޅުގެ މީހުން އުޅުނު ކަން އެގެން އެބަހުއްޓެވެ. މިއަދު ގާއިމްވެފައިވާ ޕާކިސްތާން ގައުމަކަށްވެގެން ދިޔައީ 14 އޮގަސްޓް 1947 ގައެވެ. 

އިންދޫސް ވެލީގެ ޙަޟާރަތު ޢީސާގެ ފާނުގެ ދެގަރުނު ކުރިން ނިމިދިޔުމަށްފަހު ދެން ޕާކިސްތާންގައި އޮތީ ވެޑިކުންގެ ޙަޟާރަތެވެ. މިޙަޟާރަތުގެ އަސަރު ފެންނަށްހުރީ އުތުރު އިންޑިޔާއިންނާއި ޕާކިސްތާން އިންނެވެ. މިސަރަހައްދުގެ ވެރިކަން ތަފާތު ދުވަސްވަރު ތަފާތު ދަރިފަސްކޮޅުގެ ރަސްކަލުން ހިންގާފައިވެއެވެ. އެގޮތުން ޢީސާގެ ފާނުގެ 543 އަހަރު ކުރިން ފާރިސީ ރަސްކަލެއް ކަމަށްވާ އަކާމެނިޑް ރަސްކަން ހިންގެވިއެވެ. އަދި އޭގެފަހުން ޢީސާގެ ފާނުގެ 326 އަހަރު ކުރިން އެލެގްޒެންޑަރ ޛިގްރޭޓް ރަސްކަން ހިންގެވި އެވެ. 

މިނިވަންކަމުގެ ހަގުރާމައިގެ ނަމުގައި މިސަރަހައްދުގައި 1857 ވަނަ އަހަރު ކުރެވުނު ހަގުރާމަ އަކީ އިގިރޭސިންނާއި ދެކޮޅަށް މިސަރަހައްދުގައި އެންމެ ފަހުން ކުރެވުނު ހަގުރާމަ އެވެ. އެއީ އިންޑިޔާ އަދި ޕާކިސްތާނުން އޭރު އެމީހުން އަޅުވެތިކޮށްފައިވާ އިގިރޭސިންގެ އަތްދަށުން މިނިވަން ވުމަށްޓަކައި ކުރެވުނު ހަގުރާމަ އެކެވެ. 

ކުރިންވެސް ބުނެވުނުހެން ޕާކިސްތާން އުފެދުނީ 14 އޮގަސްޓް 1947 ގައެވެ. އެގޮތުން ކުރިން އިންޑިޔާއާއި ޕާކިސްތާން އެއްކޮށް އޮތް އިރު ހުޅަގު އުތުރު އަދި އިރުމައްޗަށް އޮތް ބައި މުސްލިމު ދައުލަތެއްގެ ގޮތުގައި ވަކިވެގެން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން މުސްލިމުން ޕާކިސްތާންގެ ބަޔަށް ބަދަލުވެ، ހިންދީންނާއި ސިކުން ހިންދުސްތާންގެ ބަޔަށް ބަދަލުވިއެވެ. 1948 ގައި ހިންދުސްތާނާއި ޕާކިސްތާން އާއި ދެމެދު ފުރަތަމަ ކަޝްމީރު ހަގުރާމަ ކުރެވުނެވެ. އެހަގުރާމައިގައި ކަޝްމީރުގެ ތިންބައިކުޅަ އެއްބައި ޕާކިސްތާނަށް ލިބިގެން ދިޔައެވެ. 

ޕާކިސްތާންގެ މުސްލިމު ލީގުން މުޙައްމަދު ޢަލީ ޖިނާހް ސިޔާދަތުގެ ދަށުގައި ޕާކިސްތާން ގެ ފުރަތަމަ ސަރުކާރު އެކުލަވާލި އެވެ. ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި މުސްލިމުންގެ ދައުރު އެހެން read this  Can you read this ???????~ސިޔާސީ ޕާޓީތައް އުފެދުމުން ކުޑަވާން ފެށިއެވެ. އެގޮތުން ހުޅަގުގައި އުފެދުނު ޕާކިސްތާން ޕީޕަލް ޕާޓީ އަދި އިރުމަތީގައި އުފެދުނު އަވާމީ ލީގް ފާހަގަކޮށްލެވެއެވެ. އަވާމީ ލީގް އުފެދުން ވެގެންދިޔައީ ޕާކިސްތާންގެ އިރުމަތީ ބައިތައް ޕާކިސްތާނާއި ވަކިވެ، ބަންގާޅު ދައުލަތެއްގެ ގޮތުގައި އުފަންވެގެން އައުމުގެ ސިއްރު ކަމުގައެވެ. 

ޕާކިސްތާންގެ ސެމި-ޕްރެޒިޑެންޝަލް ނިޒާމް ބިނާވެގެންވަނީ 100 މެންބަރުން ހިމެނޭ ސެނެޓް އަދި 342 މެންބަރުން ހިމެނޭ ނޭޝަނަލް އެސެމްބްލީ ގެ މައްޗަށެވެ. ޕާކިސްތާންގެ ރައީސަކީ ހެޑް އޮފް ސްޓޭޓް އަދި ކޮމާންޑަރ އިންޗީފް އޮފް އާރމްޑް ފޯރސް އެވެ. ބޮޑު ވަޒީރަކީ ނޭޝަނަލް އެސްމްބްލީގައި އެންމެ ބޮޑު ޕާރޓީގެ ލީޑަރެވެ. 

ޕާކިސްތާންގެ ސިޔާސީ ތާރީޅްގައި އެގައުމުގެ އަސްކަރިއްޔާ މުހިއްމު ރޯލެއް ކުޅެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަސްކަރިއްޔާގައި މަސައްކަތް ކުރެއްވި 4ބޭފުޅަކު ޕާކިސްތާންގެ ރައީސްކަން ކޮށްފައި ވެއެވެ. އެއީ 1958ން 1971 އާއި ދެމެދު ވެރިކަން ކުރެއްވި މުޙައްމަދު އައްޔޫބު ޚާން އަދި މުޙައްމަދު ޔަޙްޔާ ޚާން، 1978ން 1988 އަށް ރައީސްކަން ކުރެއްވި މުޙައްމަދު ޒިޔާއުލް ޙައްގު އަދި 1999ން ފެށިގެން މިހާރު ވެރިކަމުގައި ހުންނެވި ޕަރުވޭޒް މުޝައްރަފް ހިމެނެއެވެ.

އޮކްޓޯބަރ 2002 ގެ އިންތިޚާބުގައި ނޭޝަނަލް އެސެމްބްލީގައި ޕާކިސްތާން މުސްލިމު ލީގުން އަޣްލަބިއްޔަތު ހޯދި އެވެ. ނަތީޖާއެއްގެ ގޮތުން ޒަފަރުﷲ ޚާން ޖަމާލީ ބޮޑު ވަޒީރަކަށް އިސްކުރެވުނެވެ. ނަމަވެސް 26 ޖޫން 2004 ގައި އޭނާވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެމަގާމަށް ޗޯދުރީ ސުޖާތު ހުސައިން އިސްކުރެވުނެވެ. 28 އޮގަސްޓް 2004ގައި ނޭޝަނަލް އިންތިޚާބުގައި ކުރީގެ ފިނޭންސް މިނިސްޓަރ އަދި ޕާކިސްތާން ސިޓީ ބޭންކްގެ ނައިބު ރައީސް ޝައުކަތު ޢަޒީޒް ބޮޑުވަޒީރަކަށް އިސްކުރުމަށް ނެގި ވޯޓްގައި 191މެންބަރުންގެ ތެރެއިން 151 މެންބަރުންގެ ފެންނަ ވޯޓުން އެމަގާމަށް ޝައުކަތު އަޒީޒު އިސްކުރެވުނެވެ. 

ޕާކިސްތާން އަކީ އ.ދ ގެ މެންބަރު ގައުމެކެވެ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ މެންބަރެއްވެސް މެއެވެ. ސަރަހައްދީ ޖަމްޢިއްޔާތަކުގެ ތެރެއިން ސާރކް އަދި އެކޯ ގެ މެންބަރުކަން ވެސް ޕާކިސްތާން އަށް ލިބިފައި ވެއެވެ. މީގެ އިތުރުން ޕާކިސްތާނަކީ ސެންޓޯ އަދި ސީޓޯގެ ވެސް މެންބަރު ގައުމެކެވެ. ސެންޓޯ އަކީ ސެންޓްރަލް ޓްރީޓީ އޯގަނައިޒޭޝަން އެވެ. ސީޓޯ އަކީ ސައުތު އީސްޓް އޭޝިއާ ޓްރީޓީ އޯގަނައިޒޭޝަން އެވެ. 

ޕާކިސްތާނާއި އަވަށްޓެރި ހިންދުސްތާންއާއި ދެމެދު ކަޝްމީރުގެ މައްސަލައިގައި ދެބަސްވުންތައް އޮންނަތާ ވަނީ ޒަމާންތަކެއް ވެފައެވެ. އެގޮތުން ކަޝްމީރުގެ މައްސަލައިގައި 1948 އަދި 1965ގައި ވަނީ ދެގައުމުގެ ދެމެދުގައި ހަގުރާމަ ކުރެވިފައެވެ. 1998ގައި ޕާކިސްތާނުން ވަނީ ފުރަތަމަ ފަހަރަށް ނިއުކްލިއަރ ޓެސްޓް ކޮށްފައެވެ. 2002ން ފެށިގެން ހިންދުސްތާނާއި ޕާކިސްތާނުގެ ގުޅުން ރަގަޅުވާން ފަށައިފައި ވެއެވެ. އެއީ ދެފަރާތުގެ ދެމެދުގައި ސުލްހައިގެ އާ މަޝްވަރާތައް ބޭއްވުމަށް ފަހުގައެވެ. ސީނު ކަރައާއި ޕާކިސްތާނާއި ދެމެދު އިގްތިޞާދީ، އަސްކަރީ އަދި ސިޔާސީ ގޮތުން ގާތްގުޅުމެއް އޮންނަކަން ފާހަގަ ކުރެވެއެވެ. 

ޕާކިސްތާނުގެ ބައެއް ހިސާބުތަކުގެ ގަބީލާތަކުގެ މީހުންނާއި ސަރުކާރާއި ދެމެދު އަދިވެސް ދެބަސްވުންތައް ހުރިކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ހުންނަން ދިމާވެފައިވަނީ އެހިސާބުތަކުގެ މީހުން ތާލިބާނުންނަށް ސަޕޯޓްކޮށް ތާއީދު ކުރާތީ އެވެ. އެގޮތުން ވަޒީރުސްތާންގައި ތާލިބާނުން ތާއީދުކުރާ މީހުންނާއި ސަރުކާރު ސިފައިންނާއި ދެމެދު ފާއިތުވި މާޒީގައި އެތައް ފަހަރަކު ކުރިމަތިލުންތައް ހިގާފައި ވެއެވެ.

ޕާކިސްތާނަކީ މައިގަނޑު 4 ޕްރޮވިންސް އެކުލެވިގެންވާ ފެޑެރަލް ޖުމްހޫރިއްޔާ އެކެވެ. ހިންގުމުގެ ފަސޭހައަށް ޕާކިސްތާން ހުރިހާ ހިސާބުތަކެއް ތަފާތު ވަކި 107 ބަޔަކަށް ނުވަތަ އަވަށަކަށް ބަހާލެވިފައި ވެއެވެ. މައިގަނޑު ޕްރޮވިންސް ތައް ތިރީގައި މިވަނީ އެވެ. 

ޕްރޮވިންސްތައް

ބަލޯކިސްތާން

ނޯރތް ވެސްޓް ފްރަންޓިއަރ ޕްރޮވިންސް

ޕަންޖާބު

ސިންދު

ޓެރިޓަރީޒް

އިސްލާމް އާބާދު

ފެޑެރަލީ އެޑްމިނިސްޓާރޑް ޓްރައިބަލް އޭރިއާތައް
 

ކަޝްމީރުގައިވާ ޕާކިސްތާންގެ ދަށުގައި އޮންނަ ތަންތަން 

އާޒާދު ކަޝްމީރު

އުތުރުގެ ސަރަޙައްދު

 

މިއަދު ޕާކިސްތާނުގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މީހުން އަޅައިއުޅޭ ޕާކިސްތާނު ގެ ގައުމީ ހެދުން ޝަލްވާރު ގާމިޒް އަކީ މެދުތެރޭ އޭޝިޔާގެ މީހުން އަޅައި އުޅުނު ހެދުމެކެވެ. ސިންދު އަދި ޕާކިސްތާނުގެ ބައެއް އެހެން ހިސާބުތަކުގައި އަންހެނުން ސާޅި އަޅާކަން ފާހަގަ ކުރެވެއެވެ. ޢާއްމު ގޮތެއްގައި އަންހެނުން ޝަލްވާރު ގާމިޒް އަލި ކުލަތަކުން ލައިއުޅޭއިރު ފިރިހެނުން ލައިއުޅެނީ ގަދަ ކުލަތަކުގެ ޝަލްވާރު ގާމިޒް އެވެ. ބޮޑެތި ޝަހަރުތަކުގައި ޒުވާނުންނާއި ވިޔަފާރީގެ ދާއިރާ ތަކުގައި މަސައްކަތް ކުރާ މީހުން ހުޅަގުގެ ޘަގާފަތްތަކާއި އެއްގޮތަށް ހެދުން އަޅާކަން ފާހަގަ ކުރެވެއެވެ. 

ތަފާތު ވައްތަރުގެ މިއުޒިކްތައް ޕާކިސްތާނުގައި ކުޅެއުޅެއެވެ. އޭގެ ތެރޭގައި ފޯކް މިއުޒިކް، ޣަޒަލް، އަދި ގައްވާލީ މިއުޒިކް ހިމެނެއެވެ. މަޝްހޫރު ޣަޒަލް ކިޔުންތެރިންގެ ތެރޭގައި ނުސްރަތު ފާތިހް ޢަލީ ޚާން، މެހްދީ ހަސަން، ޣުލާމް ޢަލީ، ފަރީދާ ޚާނޫމް، ތާހިރު ސައީދު، ޢާބިދާ ޕަރުވީން އަދި އިގްބާލް ބާނޯ ފަދަ މީހުން ހިމެނެއެވެ. ހިޕް-ހޮޕް މިއުޒިކް މިއަދު އަންނަނީ ވަރަށް އަވަހަށް ޕާކިސްތާނުގައި ފެތުރެމުންނެވެ. ހިޕް ހޮޕް މިއުޒިކް ބޭންޑްތައް ކަމަށް ޓޫޕެކްމ ފިފްޓީ ސެންޓް، އަދި ދި ގޭމް ފަދަ ބޭންޑް ތަކަކީ ޕާކިސްތާނުގެ ސުކޫލް ކުދިންނާއި ޒުޥާނުންގެ މެދުގައި ވަރަށް ޢާންމު ބޭންޑް ތަކެވެ. 

ޕާކިސްތާނު ގައި ބަންދު ދުވަސްތަކާއި ބަންދު ދުވަސް ނޫންގޮތުގައި ތަފާތު ފެސްޓިވަލްތަކާއި ދުވަސްތައް ފާހަގަ ކުރެއެވެ. މިގޮތުން ފާހަގަ ކުރާ ދުވަސްތަކުގެ ތެރޭގައި ޕާކިސްތާނު ދުވަސް މާރޗް 23، ޕާކިސްތާނުގެ މިނިވަން ދުވަސް  އޮގަސްޓް 14، ޕާކިސްތާނުގެ ޑިފެންސް ދުވަސް ސެޕްޓެމްބަރު 6، ޕާކިސްތާނު އެއަރ ފޯރސް ދުވަސް ސެޕްޓެމްބަރު 7، މަސައްކަތު މީހުންގެ ދުވަސް މެއި 1 އަދި މިނޫން ތަފާތު ދުވަސްތައް ވެސް ފާހަގަކުރެއެވެ. 

މުސްލިމުން ފާހަގަކުރާ ހުރިހާ ދުވަހެއް ޕާކިސްތާނުގައި ފާހަގަ ކުރެއެވެ. މިގޮތުން ރަމަޟާން މަސް، އަދި އެއަށްފަހު އަންނަ ފިތުރު ޢީދު، އަދި އަޟްޙާ ޢީދު ފަދަ ދުވަސްތައް ހިމެނެއެވެ. މީގެ އިތުރުން ކީރިތި ރަސޫލާގެ ޢީދު މީލާދާއި ޢާޝޫރާ ދުވަސްވެސް ޕާކިސްތާން ގައި ފާހަގަ ކުރެއެވެ. މީގެ އިތުރުން ސިކުންނާއި ހިންދޫންގެ ދުވަސްތައް ބައެއް ފަހަރު ބައެއް ހިސާބު ތަކުގައި ފާހަގަކޮށް އުޅެއެވެ.

ފަތުރުވެރިކަމަކީ ޕާކިސްތާންގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީ އެކެވެ. މިގޮތުން މޮހެންޖޯ ދާރޯ ކިޔޭ ގަދީމީ އަވަށް، ހަރައްޕާ އޭ ކިޔޭ ގަދީމީ އަވަށް އަދި ޓެކްސިއްލާ އޭ ކިޔޭ އަވަށް ފަދަ ތަންތަނަކީ ތާރީޚީ ގޮތުން ފާހަގަ ކޮށްލެވޭ ތަންތަނެވެ. ޕާކިސްތާން އަކީ ތަފާތު އުސް ފަރުބަދަތައް އެކުލެވޭ ގައުމެކެވެ. ކޭ-2 ނަން ދީފައިވާ ފަރުބަދަ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ އުސް ފަރުބަދަ އެވެ. ޕާކިސްތާންގެ އުތުރުގެ ހިސާބު ތަކުގައި ކުރީގައި ބިނާކުރެވިފައި ހުރި ވަރަށް ގިނަ ޓަވަރުތަކާއި، ގަދީމީ ޒަމާނުގައި ރައްކަލަކަށް ބިނާކޮށްފައި ހުރި ފާރުތަކާއި، ކޯއްޓޭ ފަދަ ތަންތަން ހުރެއެވެ. އަދި ތަފާތު ވާދީތައް ވެއެވެ. 

ޕަންޖާބު ގައިވާ ޖީލަމް ކޯރު އަދި އެލްގްޒެންޑަރ ބެޓްލް ސައިޓް ފަދަ ތަންތަނަކީ ވެސް ފާހަގަކޮށްލެވޭ ތަންތަނެވެ. ޕާކިސްތާނުގެ ލާހޫރު އަކީ ތާރީޚީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ރަށެކެވެ. މިރަށުން ފެންނަން ހުރި މޫޣަލް ޘަގާފަތް ދައްކައިދޭ ތަންތަނުގެ ތެރޭގައި ބާދުޝާހީ މިސްކިތް، ޝާލިމަރު ބަގީޗާ، ޖާންގިރު ގެ ގުއްބު، އަދި ލާހޫރު ފޯޓް ފާހަގަ ކޮށްލެވެއެވެ. ޕާކިސްތާނުގެ ޘަގާފީ ތަންތަން އާންމުކޮށް ފަތުރުވެރިންގެ މަންޒިލްތަކަށް ހެދުމަށްޓަކައި ރައީސް ޕަރުވޭޒް މުޝައްރަފް ވަނީ 2007 ވަނަ އަހަރަކީ ޕާކިސްތާނަށް ޒިޔާރަތްކުރާ އަހަރެއްކަމުގައި އިޢުލާން ކޮށްފައެވެ.

ޕާކިސްތާނުގެ ރަސްމީ އަދި ގައުމީ ކުޅިވަރަކީ ފީލްޑް ހޮކީ އެވެ. އެހެން ނަމަވެސް މުޅި ގައުމުގައި އެންމެ އާއްމު ކުޅިވަރަކީ ކްރިކެޓް އެވެ. 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ޗެމްޕިއަންކަން ޕާކިސްތާން ޓީމް ހޯދައިފައި ވެއެވެ. އަދި 1999 ވަނަ އަހަރު ރަނަރއަޕް ކަން ހޯދާފައި ވެއެވެ. 1987 އަދި 1996 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕްގެ ކޯ-ހޮސްޓް ކަން ޕާކިސްތާން ކޮށްފައިވެއެވެ. އަދި 2011 ވަނަ އަހަރު ގެ ކްރިކެޓް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާން، އިންޑިޔާ، ބަންގާޅު އަދި ސްރީލަންކާ ގައެވެ. ޕާކިސްތާން ގައި މަޝްހޫރު އެހެން ކުޅިވަރުތަކުގެ ތެރޭގައި ސްކޭޝް އަދި ފުޓްބޯޅަ ހިމެނެއެވެ. 

ބައިނަލް އަގްވާމީ ފެންވަރެއްގައި ބޭއްވޭ އޮލިމްޕިކް ގޭމްސް ގައި ޕާކިސްތާނުން ފީލްޑް ހޮކީ، ބޮކްސިންގ ތެޅުން، އެތްލެޓިކްސް، ފެތުން، އަދި ޝޫޓިންގ ގައި އެތައް ފަހަރަކު ވަނީ ބައިވެރިވެފައެވެ. އޮލިމްޕިކް ގޭމްސްގައި 10 މެޑަލް، ކޮމަންވެލްތު ގޭމްސްގައި 61 މެޑަލް، އަދި އޭޝިއަން ގޭމްސްގައި 182 މެޑަލް ޕާކިސްތާނުން މިހާތަނަށް ހޯދާފައި ވެއެވެ. 

އޮލިމްޕިކް ގޭމްސްގައި ޕާކިސްތާނުން އެންމެ ބޮޑު ކާމިޔާބީ އެއް ހޯދާފައިވަނީ ހޮކީ އިންނެވެ. ހޮކީ އިން ރަން މެޑަލް 1960،1968،އަދި 1984 ގައި ޕާކިސްތާން ހޯދާފައި ވެއެވެ. އަދި ހޮކީގެ ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދާފައިވެއެވެ. އެެއީ 1971،1978،1982، އަދި 1994 ގައެވެ. ތަފާތު ބައިނަލް އަގްވާމީ ކުޅިވަރު ފެސްޓިވަލްތައް ޕާކިސްތާނުގައި ބާއްވާފައި ވެއެވެ.




#Article 11: ވިކިޕީޑިޔާ: އެޑްމިނިސްޓްރޭޓަރ (333 words)


އެޑްމިނިސްޓްރޭޓަރުންނަށް ސިސްއޮޕްގެ ނަމުންވެސް ނަންދެވިފައިވެއެވެ. އެޑްމިނިސްޓްރޭޓަރުންނަކީ ވިކިޕީޑިޔާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންނެވެ. އެހެންނަމަވެސް މިމެމްބަރުންނަށް އާދައިގެ މެމްބަރުންނަށް ނުކުރެވޭ ގިނަ ކަންތައް ތަކެއް ކުރުމުގެ ޤާބިލްކަން ލިބިފައި ވެއެވެ. މިއީ މެމްބަރުންގެ ތެރެއިން ހޮވިފައިވާ އިތުބާރު ހިފޭ ވިކިޕީޑިޔާގެ ޤަވާއިދު ތަކާއި އެއްގޮތައް އަމަލުކުރާ މެމްބަރުންނެވެ. އެޑްމިނިސްޓްރޭޓަރުންނަށް ޞަފްޙާތައް ރައްކާކޮށް، ޞަފްޙާ ތައް ފޮހެ އަދި އެހެނިހެން މެމްބަރުން ބްލޮކް ކުރުމުގެ ބާރު ލިބިގެންވެއެވެ. 

ވިކި ސޮފްޓްވެއަރ ގައި ބައެއްކަންތައް ކުރުން މެމްބަރުންނަށް ވަނީ މަނާ ކުރެވިފައެވެ. މަނާ ކުރެވިފައިވާ ކަންތައް ކުރުމުގެ އިތުރަށް އެޑްމިނިސްޓްރޭޓަރުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ކަންތައް ކުރުމުގެ ހުއްދަ ލިބިގެން ވެއެވެ. މީގެ ތެރޭގައި :

ބައެއް ކަންތައްތަކަކީ ހަމަ އެކަނި އެޑްމިނިސްޓްރޭޓަރުންނަށް ކުރެވޭނެ ކަންކަމެވެ. މީގެ ތެރޭގައި

ް

އެޑްމިނިސްޓްރޭޓަރުންގެ އިތުރަށް އެހެނިހެން މެމްބަރުންގެ ބާވަތްތަކެއްވެސް ވެއެވެ. 

މެމްބަރަކަށް ނުވެ ވިކިޕީޑިޔާ އަށް ވަންނަ ކޮންމެ ބޭފުޅަކަށްވެސް ގިނަ ކަންތައް ކުރެވޭނެއެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަން: މަޒުމޫނު ތަކަށް އުނި އިތުރު ގެނައުން ހިމެނެއެވެ.

މެމްބަރުކަން ޙާސިލް ކޮށްފައިވާ މެމްބަރުންނަށް އައި.ޕީ އެޑްރެސް އަކުން ވަދެގެން ކުރެވޭ ކޮންމެ ކަމެއް ކުރެވޭނެއެވެ. މީގެ އިތުރަށް ފައިލު ފޮނުވުން، އާ މަޒުމޫނެއް ފެށުން އަދި މަޒުމޫނުތަކުގެ ތަން ބަދަލު ކުރުން ހިމެނެއެވެ. އަދި ސެމީ-ޕްރޮޓެކްޓެޑް ޞަފްޙާ ތަކަށް އުނިއިތުރު ގެނައުމުގެ ބާރުވެސް މެމްބަރުކަން ޙާސިލް ކޮށްފައިވާ މެމްބަރުންނަށް ލިބިގެންވެއެވެ.

ބޮޓް މެމްބަރުން މަޒުމޫނަކަށް ގެންނަ ބަދަލުތައް ފަހުބަދަލު ޞަފްޙާގައި ނުފެންނާނެއެވެ. 

ބިއުރޯކްރެޓުންނަކީ ވެސް އެޑްމިނިސްޓްރޭޓަރުން ފަދަ މެމްބަރުންނެވެ. އެހެންނަމަވެސް މިމެމްބަރުންނަށް އެޑްމިނިސްޓްރޭޓަރުންނަށް ނުކުރެވޭ ގިނަ ކަންތަކެއް ކުރުމުގެ ޤާބިލްކަން ލިބިގެންވެއެވެ. މިގޮތުން އެހެން މެމްބަރުންނަށް އެޑްމިނިސްޓްރޭޓަރު ކަން ދިނުން، މެމްބަރުގެ ނަން ބަދަލު ކުރުން ހިމެނެއެވެ. އެހެންނަމަވެސް އެޑްމިނިސްޓްރޭޓަރު ކަން މެމްބަރަކަށް ދިނުމަށްފަހު އެބާރު އަލުން ނެގުމުގެ ބާރެއް ލިބިފައެއް ބިއުރޯކްރެޓަކަޑް ލިބިފައެއް ނުވެއެވެ. 

ސްޓިވާރޑްކަން ދެވިފައިވާ މެމްބަރަ ވިކިމީޑިޔާގެ ކޮންމެ ޕްރޮޖެކްޓެއްގެ މެމްބަރަކަށް އެ މެމްބަރަކު އެދިލައްވާ ޤާބިލިއްޔަތުކަމެއް ދިނުމުގެ ބާރު ލިބިގެބް ވެއެވެ. އަދި ހަމަ އެހެންމެ މެމްބަރަކަށް ދެވިފައިވާ ބާރު އެންމެ އެކަށީގެންވާ ގޮތަށް އެމެމްބަރަކު ބޭނުން ނުކުރާނަމަ ނެގުމުގެ ހައްގު ވެސް ސްޓިވާރޑުންނަށް ލިބިގެންވެއެވެ.

ވިކިޕީޑިޔާގެ ޑޭޓާރ ބޭސް، މީޑިޔަރ ވިކި ސޮފްޓްވެއަރ އަދި ވިކިމީޑިޔަރ ވިކި ފާރމްއަށް ސީދާގޮތެއްގައި އުނިއިތުރު ގެންނަވާ ބޭފުޅުންނަށް އެންމެ މަތީ އެކްސެސް ލެވަލްއަކަށް ލިބޭނީ ޑިވެލޮޕަރ ކަމުގެ މަޤާމެވެ. (އެކްސެސް ލެވަލްތައް ފާހަގަކޮއް އަޅާކިއަން އުނދަގުވުން އެކަށީގެންވެއެވެ.) މިމަޤާމުގައި ތިއްބަވާ ބޭބޭފުޅުން އެޑްމިން މަސައްކަތް ނުކުރާނެކަން ފާހަގަ ކޮއްލަމެވެ.

މިމަޤާމުގައި ތިއްބަވާ ބޭބޭފުޅުންނާ ބައްދަލުކޮއްލައްވަން ބޭނުންފުޅުނަމަ  އިން ބައްދަލުކުރެއްވެވޭނެއެވެ. ޑިވެލޮޕަރސް ގެ ތެރެއިން ބައެއްބޭބޭފުޅުންނާއި އެބޭބޭފުޅުންގެ މައުލޫމާތު ހޯއްދެވުމަށް  އަށް ޒިޔާރަތް ކޮށްލައްވާ.

އެޑްމިނިސްޓްރޭޓަރަކު ތިމާ ނުވަތަ އެހެން މެމްބަރަކާއި ދޭތެރޭގައި ކަންކުރި ގޮތާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އެ އެޑްމިނިސްޓްރޭޓަރަކާއި ސީދާ ވާހަކަ ދައްކާށެވެ. އެހެން ނޫންނަމަ އެޑްމިނިސްޓްރޭޓަރަކު ނިންމި ނިންމުމާއި މެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭ އެޑްމިނިސްޓްރޭޓަރަކާއި ވާހަކަ ދައްކާށެވެ.

އެއްވެސް އެޑްމިނިސްޓްރޭޓަރަކު ވިކިޕީޑިޔާގެ ގަވާއިދާއި ޚިލާފްވެގެން ނުވާނެއެވެ. މިދެންނެވި ގަވާއިދުތަކާއި ޚިލާފްވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅޭނެއެވެ. އެހެންކަމުން ވިކިޕީޑިޔާގެ ސްޓިވާރޑް އަކާއި ވާހަކަ ދެކެވި އެޑްމިނިސްޓްރޭޓަރުކަމުން އެމެމްބަރަކު ދުރުކުރެވޭނެއެވެ.

އަދި




#Article 12: ހިންދީ (735 words)


ހިންދީ، ބަހަކީ ހުޅަނގު-ހިންދުސްތާނީ އާއިލާގެ ބަހެކެވެ. މައިގަނޑު ގޮތެއްގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ތިބީ އުތުރާއި މެދުތެރެއާއި ހުޅަނގު ހިންދުސްތާނުގައެވެ. ހިންދުސްތާނުގެ ރަސްމީ 18 ބަހުގެ ތެރެއިން އެންމެ މުހިއްމު ބަހެވެ. ވަރަށް ގިނަ ފަހަރު ހިންދީ ބަހާއި އުރުދޫ ބަހާ ދެމެދު ހުންނަނީ ކޮން ތަފާތުތަކެއް ކަމާ މެދު ސުވާލު އުފެދޭތަން އާދެއެވެ. މި ސުވާލުގެ ޖަވާބަކީ، ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮތްޕެވެ. ހިންދީ ބަސް ލިޔަނީ ދޭވަނާގަރީ އަކުރުންނެވެ. އުރުދޫ ބަސް ލިޔަނީ ފާރިސީ އަކުރުންނެވެ. ހިންދީ ބަހުގެ ބަސްކޮށާރުގައި ގިނައީ ސެންސިކިރުތު ޝަބްދުތަކެވެ. އުރުދޫ ބަހުގެ ބަސްކޮށާރު ބިނާވެފައި ވަނީ ފާރިސީ ލަފުޒުތަކުގެ މައްޗަށެވެ. ބޮލީވުޑްގެ ފިލްމުތަކުގައި ބޭނުން ކުރަނީ އުރުދޫ ބަހާއި ހިންދީ ބަހުގެ ވެސް އަސްލު ކަމުގައިވާ ހިންދުސްތާނީ ބަސް ކަމަށް ވުމުން އުރުދޫ ބަސް ދަންނަ މީހުންނަށް ވެސް އަދި ހިންދީ ބަސް ދަންނަ މީހުންނަށް ވެސް ފިލްމީ ބަހުރުވަ އެނގެނީއެވެ. 

ހިމާޗަލް ޕްރަދޭޝާއި ދިއްލީ އާއި ހަރިޔާނާ އާއި ޗަންދީގަޅާއި އުއްތަރް ޕްރަދޭޝާއި ރާޖަސްތާނާއި މަދްޔަ ޕްރަދޭޝާއި ބިހާރާއި އުއްތަރާންޗަލާއި ޖަރްކަންދާއި ޗައްތީސްގަރް، މިއީ ހިންދީ ބަހުގެ ނުފޫޒު އެންމެ ވަރުގަދަ ރާއްޖެ ތަކެވެ. މީގެ އިތުރުން ގުޖުރާތާއި ޕަންޖާބާއި ކަޝްމީރުގައި ވެސް ހިންދީ ބަހުން ވާހަކަ ދައްކާ ހަދައެވެ. މި ތިން ރާއްޖެ އަކީ ވެސް އަމިއްލަ ބަހެއް އޮވެ އެބަހުން ވާހަކަ ދައްކާ ރާއްޖެ ތަކެވެ. ޝަހަރު ތަކުގެ ތެރެއިން މުންބާއީ އާއި ދިއްލީ އާއި ޗަންދީގަޅާއި އަހުމަދުއާބާދާއި ކަލްކައްތާ އާއި ބެންގަލޫރާއި ހައިދަރުއާބާދުގެ އިތުރުން މައިސޫރުގައި ވެސް ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ވަރަށް ގިނައެވެ. ހިންދުސްތާނާއި ޕާކިސްތާނުގެ ރާއްޖެ ތަކުގެ އިތުރުން ދެކުނާއި އިރުމަތީ އެފްރިކާގެ ގައުމުތަކުގައި ދިރިއުޅޭ ހިންދުސްތާނީ އާބާދީގެ ތެރޭގައި ބޭނުން ކުރެވޭ މައިގަނޑު ބަހަކީ ހިންދީ ބަހެވެ. މި ގައުމުތަކުގެ އިތުރުން ފިޖީ އާއި މޮރިޝަސް އާއި ގުއާނާ އާއި ސުރިނާމާއި ޓިރިންޑާޑު އަދި ޓޮބޭގޯ ގެ އިތުރުން މެލޭޝިޔާ އާއި އަސޭކަރައިގައި ވެސް ހިންދީ ބަހުން ވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ.

ހިންދީ ބަހަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ވާހކަ ދައްކާ ބަސްބަހުގެ ތެރެއިން އެއް ބަހެވެ. މާދަރީ ބަހެއްގެ ގޮތުގައި ގާތްގަނޑަކަށް 480 މިލިއަން މީހުން ހިންދީ ބަހުން ވާހަކަ ދައްކާއިރު ދެވަނަ ބަހެއްގެ ގޮތުގައާއި އެނޫން ގޮތްގޮތުން ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު 900 މިލިއަނަށް ވުރެ ގިނައެވެ. މީގެ މާނައަކީ ދުނިޔޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަށް ހިންދީ ބަސް ފަހުމުވެއެވެ. މާދަރީ ބަހުގެ ގޮތުގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދަށް ބަލާއިރު ހިންދީ ބަހަކީ ދުނިޔޭގައި 2 ވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަހެވެ. 1991 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން ހިންދުސްތާނުގެ އާބާދީގެ 40.22% މީހުންނަށް ހިންދީ ބަހުން ވާހަކަ ދައްކަން އެނގެއެވެ. ހިންދުސްތާނުގައި މާދަރީ ބަހެއްގެ ގޮތުގައި ރާދަ ހިންދީ ބަހުން ވާހަކަ ދައްކާ 180 މިލިއަން މީހުން އެބަތިއްބެވެ. 300 މިލިއަން މީހުން މި ބަސް ބޭނުން ކުރަނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. ހިންދުސްތާނުން ބޭރުގައި، ނޭޕާލުގައި 8 މިލިއަން މީހުން ދެކުނު އެފްރިކާގައި 890،000 މީހުން މޮރިޝަސް ގައި 685،000 މީހުން އެމެރިކާގައި 317،000 މީހުން ޔަމަނުގައި 233،000 މީހުން ޔޫގެންޑާ ގައި 147،000 މީހުން ޖަރުމަނުގައި 30،000 މީހުން ނިއުޒިލޭންޑުގައި 20،000 މީހުން ސިންގަޕޫރު ގައި 5000 މީހުން ދިވެހިރާއްޖޭގައި 4000 މީހުން ތިބިއިރު އިނގިރޭސިވިލާތާއި އެކުވެރި އަރަބި އިމާރާތުގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު ވަރަށް ގިނައެވެ. އަދި މީގެ އިތުރުން އޮސްޓޭލިޔާ އާއި ކެނެޑާ ގައިވެސް ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ގިނަ އަދަދަކަށް އެބަ ތިއްބެވެ. ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮފި ނުވަތަ ދެ ބަހުރުވަ ކަމަށް ވާތީ އުރުދޫ ބަހުގެ އަހުލުވެރިންނަށް ހިންދީ ހަމަ އެފަދައިން ހިންދީ ބަހުގެ އަހުލުވެރިންނަށް އުރުދޫ އެނގެއެވެ. އެހެން ނަމަވެސް މާދަރީ ބަހެއްގެ ގޮތުގައި އުރުދޫ ބަހުން ވާހަކަ ދައްކާ މީހުންގެ މާދަރީ ބަހަކީ ހިންދީ ބަސް ކަމުގައެއް ނުބެލެއެވެ. ހަމަ އެފަދައިން މާދަރީ ބަހެއްގެ ގޮތުގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުންވެސް އުރުދޫ ބަހުގެ އަސްލުންގެ ތެރެއަކު ނުގުނެއެވެ. 

ހިންދީ ބަހަކީ ސެންސިކިރުތު ބަހުން އުފެދިފައިވާ ހިންދުސްތާނީ ބަހުގެ ގޮތްޕެކެވެ. ހިންދީ ބަސް މިއަދު މިއޮތް ގޮތަށް އުފެދުމުގެ ތެރޭގައި އެބަސް ދަތުރުކޮށްފައިވާ މަގަކީ، މެދުތެރޭ ހިންދު-އާރީ ޕްރާކްރިއްތް ބަސްބަހުން މެދުޒަމާނުގެ އަޕަބްރަމްޝާ ތެރެއިންނެވެ. ރާދަ ކުރެވިފައިވާ ހިންދީ ބަސް ހިންދުސްތާނުގެ ރަސްމީ ބަހެއްގެ ގޮތުގައި ހިމެނުނީ 26 ޖަނަވަރީ 1950 މ. ގައެވެ. ހިންދީ ބަހުގެ އިތުރުން އިނގިރޭސި ބަހާއި އަދި އިތުރު 21 ބަހެއް ހިންދުސްތާނުގެ ގާނޫނު އަސާސީން އެތާގެ ރަސްމީ ބަސްތަކުގެ ގޮތުގައި ތަސްދީގު ކޮށްފައި ވެއެވެ. 

ހިންދުސްތާނަށް އާޒާދީ ލިބުމަށް ފަހުގައި ހިންދުސްތާނުގެ ސަރުކާރުން ހިންދީ ބަސް ރާދަކުރުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ތިރީގައި މިވާ ބަދަލުތައް އައެވެ. 

ރާދަ ހިންދީ ބަހުގައި ހުންނަ ގިނަ އިސްތިލާހުތައް ނެގިފައިވަނީ ސެންސިކިރުތު ބަހުންނެވެ. ރާދަ ހިންދީ ނުވަތަ ޝުއްދަ ހިންދީ ބަސް އާންމުކޮށް ބޭނުން ކުރެވެނީ އާންމު ތަގުރީރުތަކުގައާއި ރޭޑިއޯ އަދި ޓީވީ ކަބަރުގައެވެ. އާންމު ދިރިއުޅުމުގައި ގިނަ މީހުން ބޭނުންކޮށް އުޅޭނީ ހިންދުސްތާނީ ބަހުގެ ކޮންމެވެސް ބަހުރުވައެކެވެ. މި ބަހުރުވަ ތަކުގައި ގިނަ އަދަދަކަށް ފާރިސީ ބަހުގެ ލަފުޒުތައް ހިމެނިފައިވެއެވެ. މީގެ އިތުރުން އިނގިރޭސި ބަހާއި އަދި އެނޫން އެހެން ބަސްބަހުން ގެނެވިފައިވާ ލަފުޒުތައް ވެސް ބޭނުން ކުރެވެއެވެ. އާންމު އުރުދޫ އާއި އާންމު ހިންދީ ތަފާށތު ބަހެއްގެ ގޮތުގައި ވަކި ކުރެވޭ ވަރަށް ވުރެ އެއްގޮތްކަން ބޮޑެވެ. ސަބަބަކީ އާންމު ހިންދީ އާއި އާންމު އުރުދޫގެ ގޮތުގައި ބެލެވިފައިވަނީ ހިންދުސްތާނީ ބަހުގެ އެކި ބަހުރުވަތައް ކަމަށް ވާކަމެވެ. މިއަދު މިދެބައި ވަކި ކުރާއިމަކީ ބަސްކޮށާރުގެ އަސްލެވެ. ސެންސިކިރުތު އަސްލާއި ފާރިސީ އަސްލެވެ. 

ހިންދީ ބަހުގެ ބަހުރުވަތައް ގިނަގުނަ އެވެ. ހަމަ އެފަދައިން ބަހުރުވަތައް ކަމުގައި ކަނޑއެޅުމުގައި ވެސް ރާދަ ހަމައެއް ނޯވެއެވެ. މިސާލަކަށް ޕަންޖާބީ ބަހާއި ނޭޕާލީ ބަހަކީ ވަކި ދެބަހެއްގެ ގޮތުގައި ބެލެވޭއިރު، އެއީ ހިންދީ ބަހުގެ ދެ ބަހުރުވަ ކަމުގައިވެސް ބެލެވެއެވެ. ގިނަ ފަހަރަށް ހިންދީ ބަހުގެ ބަހުރުވަތައް ބަހާލެވެނީ ދެ ބަޔަކަށެވެ. އެއީ، ހުޅަނގު ހިންދީ އާއި އިރުމަތީ ހިންދީ އަށެވެ. މި ދެބައިގެ ތެރޭގައި ކުދިކުދި އެތައް ބައެއް ހިމެނިފައި ވެއެވެ. ތިރީގައި މިވާ ލިސްޓުގައި ވަނީ ހިންދީ ބަހުގެ ބަހުރުވަތަކެވެ. މީގެ ތެރޭގައި ބޯ އަކުރުން ފާހަގަ ކުރެވިފައި އެވަނީ ވަކި ބަހެއްގެ ގޮތުގައި ވެސް ބެލެވޭ ބަހުރުވަ ތަކުގެ ނަންތަކެވެ.

ރާދަ ހިންދީގައި 11 ލީނާއި 35 ސުކުންއަކުރު އޮވެއެވެ. 

މިތާގައި މިވަނީ ހިންދީބަހުގެ ލީނުތަކާއި އޭގެ މަގާމު ދައްކައިދޭ ޗާޓެކެވެ.

ހިންދީ ބަސް ލިއުމަށް ބޭނުންކުރާ އަކުރަކީ ދޭވަނާގަރީ އަކުރެވެ. މިއީ ހިންދު-އާރީ އާއިލާގެ މައި ބަސް ކަމުގައި ބެލެވޭ ސެންސިކިރުއްތް ބަސް ވެސް އެ އަކުރަކުން ލިޔާ އަކުރެވެ.

ހިންދީ ބަހަކީ އަދަބިއްޔާތުގެ ރޮނގުގައި ވެސް ވަރަށް ކުރިއަރާފައިވާ ބަހެކެވެ.




#Article 13: ނޯވޭ (403 words)


ނޯވޭ، އަކީ އުތުރު ޔޯރަޕުގައި ގާނޫނީ ރަސްކަމެއް ކުރަމުން އަންނަ ގައުމެކެވެ. ނޯވޭ ގެ ލަގަބެއްގެ ގޮތުގައި ބައެއް ފަހަރު ދަމުއިރު ގެ ބިމޭ ކިޔައެވެ.

ނޯވޭގެ ރަސްމީ ބަހަކީ ނޮވޭޖިޔަން ބަހެވެ. ނޯވޭ މީހުން ނޯވޭ ބަހުގެ ދެ ވައްތަރެއްގެ ލަހުޖާއަކުން ވާހަކަ ދައްކައެވެ. މި ދެވައްތަރަށް ވެސް ރަސްމީ ގޮތުން ދެވިފައިވަނީ އެއް ހައިސިއްޔަތެވެ. އަދި މީގެ އިތުރުން އިސްކޫލު ތަކުގައި މި ދެ ލަހުޖާ ވެސް ކިޔަވައި ދެވެއެވެ. އުތުރުގައި ތިބި ސާމީ މީހުންގެ ބަހަކީ ސާމީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނޮވޭޖިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮސްލޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ.އަދި ދުސްތޫރީ ރަސްކަމެއް އޮޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 116 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 385207 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ no. .sj , .bv އެވެ. ކޯލިން ކޯޑަކީ +47 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނޮވޭޖިޔަން ކްރޯންއެވެ.

ނޯވޭގެ ރަސްމީ ދެ ލަހުޖާއަށް ބަލާއިރުގައި ބޯކްމާލް ލަހުޖާއިން އެ ޤައުމަށް ރަސްމީކޮށް ކިޔާ ނަމަކީ ކޮންގެރިކެޓް ނޮރްގޭއެވެ. ނީނޯސްކް ލަހުޖާއިން ކިޔަނީ ކޮންގެރިކެޓް ނޯރެގްއެވެ. “ނޯވޭ” މި ބަހުގެ އަޞްލަކީ “ނޯ^ް ވޭ” ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. އަދި މިއިން މަޠްލަބު ކުރެވޭ މާނައަކީ “ދަވޭއި ނޯ^ް ވާޑްސް” ކަމަށް މިފަދަ ބޭފުޅުން ވިދާޅުވެއެވެ.

އިސްކެންޑިނޭވިއާ ބިންދުނީގެ ހުޅަނގު ބައި އޮންނަނީ ނޯވޭގެ އިމުގެ ތެރޭގައެވެ. ނޯވޭގެ އިރުމަތީބައިގެ ބޮޑުބައި ބޯޑަރުގެ ގޮތުން ގުޅިފައި އޮންނަނީ ސްވިޑްންއާއެވެ. ޤައުމުގެ އެންމެ އުތުރުބައި ބޯޑަރުގެ ގޮތުން ގުޅިފައިވަނީ ދެކުނަށް ފިންލޭންޑްއާއެވެ. އިރުމަތީގައި އޮތީ ރަޝިޔާއެވެ. ޑެންމާކު އޮންނަނީ މި ޤައުމުގެ ދެކުނުގައެވެ. އެއީ އެހެން ނަމަވެސް ކަނޑު ހުރަސްކޮށެވެ.

ތާރީހީ ގޮތުން ބަލާއިރު ނޯވޭ ގައި މީހުން ދިރިއުޅެން ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 10،000 އަހަރު ކުރީއްސުރެ އެވެ. ގަލުން ޝިކާރަކޮށް އުޅުނު މީހުންނެވެ. ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުން ނޯވޭގައި ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 4000 އަހަރު ކުރީންނެވެ. 
ނޯވޭ ޤައުމެއްގެ ގޮތުގައި އެއްބައިވެފައި ވަނީ 872 ވަނަ އަހަރުގައެވެ. އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވައިލެވުނީ 17 މެއި 1814 ގައެވެ. ސްވިޑްންއާ ވަކިވީ 7 ޖޫން 1905 ގައެވެ. ނާޒީ ޖަރުމަނުންގެ ދަށަށް ގޮސްފައިވަނީ 9 އެޕްރީލް 1940 ގައެވެ. މި އަޅުވެތިކަން ނިމުމަކަށް އައިސްފައިވަނީ 8 މެއި 1945 ގައެވެ.
ހެރަލްޑް 5 އަށް ނޯވޭ ގެ ރަސްކަން ލިބިވަޑައިގަތީ 1991 މ. ވަނައަހަރުއެވެ.

ނޯވޭ މީހުންނަކީ އަލްމާނީ ނަސްލުގެ ބައެކެވެ. ގައުމުގެ އުތުރުގައި ތިބި ފިއްނީން ނާއި އެތައްހާސް ސާމީން ފިޔަވައި އިތުރު މައިނޯރިޓީ އެއް ނޯވޭއަކު ނެތެވެ. މުޅި ޔޯރަޕަށް ބަލާއިރުވެސް އާބާދީގެ އަކަބުރަ އެންމެ ކުޑަ ގައުމަކީ ނޯވޭއެވެ.

ނޯވޭގެ ގައުމީ ކަނީސާ އަކީ އަވަންޖާލީ ލުދާރީ ކަނީސާއެވެ. ގާތްގަނޑަކަށް 94 އިންސައްތަ މީހުން ނިސްބަތްވަނީ ކަނީސާއަށެވެ. އަމާމަތު އައްޔަން ކުރަނީ ރަސްގެފާނެވެ. ނޯވޭ ގައި ވަރަށް މަދު އަދަދަކަށް މުސްލިމުން ވެސް އުޅެއެވެ.
ނޯވޭ ގައި އާންމު ހަތަރު ޖާމިއާ ހުރެއެވެ. މައިގަނޑު ޖާމިއާ އަކީ އޮސްލޯ ވީ ޖާމިއާ އެވެ. މި ޖާމިއާ އުފަންވެފައިވަނީ 1811 މ. ގައެވެ. އޮސްލޯ ވީ ޖާމިއާ ގެ އިތުރުން ބާގަން ވީ ޖާމިއާ (1948) އާއި ތަރަމްސޯ ވީ ޖާމިއާ (1968) އާއި ތަރަންދޫމުގައި ހުންނަ ސައިންސާއި ޓެކްނޮލޮޖީގެ ޖާމިއާ (1968) ހިމެނެއެވެ.

ނޯވޭއަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މަން ޑިވެލޮޕްމަންޓް އިންޑެކްސްގައި މެދުކެނޑުމެއް ނެތި 6 އަހަރު އެއްވަނަ ޤައުމެއްގެ ގޮތުގައި ނޯވޭ އޮތުމުން ނޯވޭ ކުރިއަރާފައިވާ މިންވަރު ދޭހަކޮށްދެއެވެ.
އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 53737 ޑޮލަރެވެ. މިއީ ޕަރކެޕިޓާ އަށް ބަލާއިރުގައި ތިންވަނަ,




#Article 14: އޮސްޓަރުލިޔާ (361 words)


ކޮމަންވެލްތު އޮފް އޮސްޓްރޭލިޔާ އަކީ އޮސްޓްރޭލިޔާ ބައްރަށް ނިސްބަތްވާ ޤައުމެކެވެ. އޮސްޓްރޭލިޔާ ބައްރަކީ ދުނިޔޭގެ ބައްރުތަކުގެ ތެރެއިން އެންމެ ކުޑަ ބައްރެވެ. އެހެން ނަމަވެސް މި ބައްރުގައިި އޮންނަނީ އެންމެ ޤައުމެއް ކަމުގައިވާތީ މި ޤައުމަކީ ދުނިޔޭގައި 6 ވަނައަށް އެންމެ ބޮޑު ޤައުމެވެ.  

އޮސްޓްރޭލިޔާގެ ރަސްމީ ބަހެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް ރަސްމީ ހުރިހާ ކަމެއްގައި ވެސް ބޭނުން ކުރެވޭ ބަހަކީ އިނގިރޭސި ބަހެވެ. 
އިނގިރޭސި ބަހުން އޮސްޓްރޭލިޔާ މީހުންނަށް ކިޔަނީ އޮސްޓްރޭލިޔަންސް ނުވަތަ އޮސީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސިޑްނީއެވެ. އޮސްޓްރޭލިޔާގެ ވެރިރަށަކީ ކެންބަރާއެވެ. އޮސްޓްރޭލިޔާއަކީ ދުސްތޫރީ ރަސްކަމެކެވެ. އަދި ފެޑެރަލް ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 22 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 52 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 7.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ au. އެވެ. ކޯލިން ކޯޑަކީ +61 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އޮސްޓްރޭލިޔަން ޑޮލަރެވެ.

އޮސްޓްރޭލިޔާގެ ނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. މި ބަސް ނެގިފައިވަނީ ލެޓިން ބަހުގެ އޮސްޓްރާލިސް މި ބަހުންނެވެ. މީގެ މާނައަކީ “ދެކުނު” މިއެވެ. އެހެން ކަމުން އޮސްޓްރޭލިޔާގެ މާނައަކީ ދެކުނުގައިވާ ޤައުމެވެ. އެންމެ ފުރަތަމައަށް އިނގިރޭސި ބަހުން އޮސްޓްރޭލިޔާ މި ބަސް ލިޔެވިފައިވަނީ 1625 ވަނަ އަހަރުގައެވެ.

އޮސްޓްރޭލިޔާއާ އަވަށްޓެރި ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިޔާ އާއި އީސްޓް ޓިމޯރާއި ޕަޕުއާ ނިއު ގިނީ އާއި ސޮލޮމަން އައިލެންޑްސް އާއި ވަނުއާޓޫ އާއި ނިއު ކެލެޑޯނިޔާ އާއި ނިއުޒިލޭންޑް ހިމެނެއެވެ.

އޮސްޓްރޭލިޔާއަކީ ވަރަށް ކުރީއްސުރެ އިންސާނުން ދިރިއުޅެމުން އަންނަ ޤައުމެކެވެ. ފުރަތަމަ އޮސްޓްރޭލިޔާގައި ދިރިއުޅެން ފެށި ބަޔަކީ މިހާރު އޮސްޓްރޭލިޔާގެ އަދިވާސީންގެ ގޮތުގައި ތިބި އެބޮރިޖިން ދަރިކޮޅުގެ މީހުންގެ ކާބަފައިން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ.
ތާރީޚު ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި މީގެ އެތައް ހާސް އަހަރެއް ކުރީން މުޅި ދުނިޔެ ވެސް އޮތީ އެއް ފަސް ގަނޑެއްގެ ގޮތުގައެވެ. އަދި އޮސްޓްރޭލިޔާގައި މީހުން ވަޒަންވެރިވެފައިވަނީ މި ގޮތަށް މުޅި ދުނިޔެ އެއް ފަސްގަނޑެއްގެ ގޮތުގައި އޮތް އިރު ބިމުގެ މަގުން ކަމުގައި އެ ބޭފުޅުން ޤަބޫލު ކުރައްވައެވެ. 
މި ގޮތުން އޮސްޓްރޭލިޔާގެ ފުރަތަމަ ވަޒަންވެރީން އެތަނަށް ގޮސްފައިވަނީ އިންޑިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާއިން ކަމުގައި ތާރީޚު ޢިލްމުވެރިން ޤަބޫލުކުރައްވައެވެ. 
އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުން އޮސްޓްރޭލިޔާއަށް ގޮސްފައިވާ ކަމަށް ބެލެވެނީ 1606 ވަނަ އަހަރުގައެވެ. އެއީ ޑަޗުންނެވެ. 1770 ވަނަ އަހަރުގައި އިނގިރޭސީން އޮސްޓްރޭލިޔާއަށް ފައިބައި ނިއު ސައުތު ވޭލްސްގެ ނަމުން އޮސްޓްރޭލިޔާގެ އެއް ބަޔަށް ނަންދިނެވެ.
އިނގިރޭސީން އެމީހުންގެ ޕީނަލް ކޮލޮނީއެއް އޮސްޓްރޭލިޔާގައި ޤާއިމުކުރިއެވެ. އޮސްޓްރޭލިޔާ ވެގެން ދިޔައީ އިނގިރޭސި ކުށްވެރިން އަރުވައިިލާ ތަނަކަށެވެ. 
މިއަދު ޓެސްމޭނިޔާގެ ގޮތުގައި އޮތް ރަށުގައި މީހުން ދިރިއުޅެން ފަށާފައިވަނީ 1803 ވަނަ އަހަރުގައެވެ. 
އަދި 1825 ވަނަ އަހަރާ ހަމައިގައި ވަކި ކޮލޮނީއެއްގެ އެތަނުގައި ޤާއިމުވިއެވެ. 1829 ވަނަ އަހަރުގައި އިނގިރޭސީން އޮސްޓްރޭލިޔާގެ ހުޅަނގު ފަޅި އެއީ އިނގިރޭސިވިލާތުގެ ބައެއް ކަމުގައި ހަމަޖެއްސިއެވެ.

އޮސްޓްރޭލިޔާއަށް ޔޫރަޕުގެ މީހުން އައި އިރު އޮސްޓްރޭލިޔާގެ އަޞްލު ވަޒަންވެރީންގެ ތެރެއިން ތިބީ 350000 މީހުންނެވެ. މިހާރު އޮސްޓްރޭލިޔާގައި 22 މިލިޔަން މީހުން ތިބިއިރު 90% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ބާކީ ތިބީ ޗައިނާ، އިންޑިޔާ، ޖަޕާނު، އަދި ޢަރަބި ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންނާއި އޮސްޓްރޭލިޔާގެ އަދިވާސީން ކަމުގައިވާ އެބޮރިޖިނީންނެވެ.

އޮސްޓްރޭލިޔާއަކީ ވަރަށް މުއްސަނދި އަދިވާސީ ސަގާފަތެއް އޮތް ތަނެކެވެ.




#Article 15: ކެނެޑާ (240 words)


ކެނެޑާއަކީ އުތުރު އެމެރިކާގެ ބޮޑުބައި އެ ޤައުމުގެ އިމުގެ ތެރޭގައި ޙިއްޞާކުރާ ޤައުމެކެވެ. ބިމުގެ ގޮތުން ބަލާއިރު މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު ޤައުމަކީ ކެނެޑާއެވެ.

ކެނެޑާގެ ނަން އައިސްފައިވަނީ “ކަނަޓާ” މި ބަހުންނެވެ. މިބަހުގެ މާނައަކީ މީހުން ދިރިއުޅޭތަން ނުވަތަ ބަސްތީއެވެ. 

ކެނެޑާގެ އިރުމަތީގައި އެޓްލާންޓިކް ކަނޑު އޮތް އިރު، އެ ޤައުުމުގެ ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. އެ ޤައުމުގެ އުތުރުގައި އޮތީ އާކްޓިކް ކަނޑެވެ. ކެނެޑާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ކެނެޑާ އާއި އެމެރިކާ ދެކުނު އަދި ހުޅަނގު އުތުރުން ޙިއްޞާ ކުރާ ބޯޑަރަކީ ދެ ޤައުމެއްގެ ދެމެދުގައިވާ އެންމެ ދިގު ބޯޑަރެވެ. 

ކެނެޑާގެ ފުރަތަމަ ވަޒަންވެރީން ނުވަތަ އަދިވާސީން އެ ޤައުމުގައި ދިރިއުޅެން ފަށާފައިވާތާ އެތައް ޒަމާނެއްވެއްޖެއެވެ. 
ފަރަންސޭސީންނާއި އިނގިރޭސީން ކެނެޑާއަށް ގޮސްފައިވަނީ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައެވެ. 
ފަރަންސޭސިވިލާތުން ވަނީ ހަތް އަހަރުގެ ހަނގުރާމައަށް ފަހުގައި އުތުރު އެމެރިކާގައި ހުރި އެ ޤައުމުގެ ހުރިހާ ކޮލޮނީއެއްހެން 1763 ވަނަ އަހަރުގައި ދޫކޮށްލާފައެވެ. 
ކެނެޑާގެ ރަނިކަމުގައި އިނގިރޭސި ރާނީ އިންނެވި ނަމަވެސް ކެނެޑާއަކީ ޒާތީ މިނިވަންކަން ލިބިގެންވާ ޤައުމެކެވެ. 

ކެނެޑާގެ އާބާދީގެ ތެރެއިން 100000 މީހުން ދަޢުވާކުރާ ގޮތުގައި އެމީހުން ނިސްބަތްވަނީ ތަފާތު 43 ނަސްލަކަށެވެ. 
ކެނެޑާގެ އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ އިނގިރޭސި ނަސްލަށެވެ. އިނގިރޭސި ނަސްލަށް ނިސްބަތްވާ މީހުންނަކީ އާބާދީގެ 21% އެވެ. ދެން ފަރަންސޭސީންނެވެ. އެއީ 15.8%އެވެ. ސްކޮޓިޝް މީހުންނަކީ 15.2%އެވެ. އައިރިޝް މީހުންނަކީ 13.9% މީހުންނެވެ. 
ޖަރުމަނު މީހުންނަކީ 10.2% މީހުންނެވެ. އިޓާލިޔަނުންނަކީ 5% މީހުންނެވެ. ޗައިިނާ މީހުންނަކީ 3.9% އެވެ. 
ޔުކްރޭނިޔަނުންނަކީ 3.6% މީހުންނެވެ. އަޞްލު ރަށްވެހީންނަކީ މިހާރުގެ އާބާދީގެ 3.5% މީހުންނެވެ. ދެކުނު އޭޝިޔާ މީހުންނަކީ 4% އެވެ. ކަޅުމީހުންނަކީ 2.5% އެވެ.
ކެނެޑާގެ 77% މީހުންނަކީ ނަޞާރާއިންނެވެ. 16.2% މީހުން އެއްވެސް ދީނެއް ޤަބޫލެއް ނުކުރެއެވެ. މުސްލިމުންނަކީ 2% މީހުންނެވެ. ޔަހޫދީންނަކީ 1.1% މީހުންނެވެ. ބުދިޒަމްއާއި ހިންދޫންނަކީ ކޮންމެ ބަޔަކުމެ 1.0% މީހުންނެވެ. ސިކުންނަކީ 0.9% މީހުންނެވެ.
 

ކެނެޑާގެ ސަގާފަތު ބައްޓަންވެފައިވަނީ އިނގިރޭސި، ފަރަންސޭސި އަދި ކެނެޑާގެ އަޞްލު ރަށްވެހީންގެ ސަގާފަތުގެ މައްޗަށް ބިނާވެގެންނެވެ. 

ކެނެޑާއަކީ ދުނިޔޭގައި އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ޤައުމެކެވެ.
އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 45085 ޑޮލަރެވެ.




#Article 16: އެމެރިކާ (520 words)


އެމެރިކާ ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަކީ 50 އަށް ވުރެ ގިނަ ދައުލަތް ނުވަތަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.އެމެރިކާގެ ގުޅިފައިވާ 48 ސިޓީ އުތުރު އެމެރިކާ ބައްރު ގައި ވެއެވެ. މިބައި ބޯޑަރު ކުރެވިފައިވަނީ އުތުރުން ކެނެޑާ އާއެވެ. އަދި ދެކުނުން މެކްސިކޯ އާއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް އެލަސްކާ އޮންނަނީ ކެނެޑާގެ ހުޅަގު އިރުން ޕެސިފިކް ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. އަދި ހަވާއީ އޮންނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޓެރިޓަރީތައް ޕެސިފިކް އަދި ކެރީބިއަން ސަރަޙައްދު ގައި ވެއެވެ. 

އެމެރިކާގެ ރަސްމީ ނަމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އ ރެވޭ ކުރު ނަންތަކުގެ ތެރޭގައި އެންމެ ޢާންމުކޮށް ކިޔައިއުޅޭ އެމެރިކާ، ޔޫއެސް، ޔޫއެސްއޭ އަދި ދިސްޓޭޓްސް ފަދަ ނަންތައް ހިމެނެއެވެ. އެމެރިކާ އަށް މިނަން ދެވިފައިވަނީ 16 ވަނަ ގަރުނުގެ ތެރޭގައި އެމެރިކާ އޮތް ހިސާބަށް ދިޔަ އިޓަލީގެ މުސާފިރު، އަދި ޗާޓް ކުރެހުންތެރިޔާ އެމެރިގޯ ވެސްޕުޗީ އާއި ގުޅުވައިގެންނެވެ. ފުރަތަމަ ފުރިހަމަ ނަމެއް އެމެރިކާ އަށް ދެވިފައިވަނީ ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ގައެވެ. އެފަހަރު ދެވިފައިވާ ނަމަކީ ޔޫނަނަމަސް ޑެކްލަރޭޝަން އޮފް ތާރޓީން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ މިއެވެ. އެއަށްފަހު މިނަން 4 ޖުލައި 1776 ގައި  ރެޕްރެޒެންޓޭޓިވްސް އޮފް ދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް ބަދަލުކުރެވުނެވެ. މިހާރު ގެ ނަން ފައިނަލް ކުރެވި އެނަން ކިޔަން ކަނޑައެޅުނީ 15 ނޮވެންބަރު 1777 ގައި އޮތް ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް ގައެވެ. އެއްދުވަސްވަރެއްގައި އެމެރިކާ އަށް ކިޔުނު ކޮލަމްބިޔާ މިނަން ގުޅިފައިވަނީ އެމެރިކާ ހޯދިކަމަށްބުނާ ކްރިސްޓޮފާރ ކޮލަމްބަސް އާއެވެ.

ބިމުގެ ބޮޑު މިނަށް ބަލާއިރު ދުނިޔޭގެ3 ނުވަތަ 4 ވަނަ އަށް އެންމެ ބޮޑު ގައުމު ކަމުގައި ބެލެވެނީ އެމެރިކާ އެވެ. ހަމައެކަނި ބިމުގެ ސަރަހައްދުގެ ބޮޑު މިނަށް ބަލާއިރު އެމެރިކާ އަކީ ދުނިޔޭގެ 3 ވަނަ އަށް އެންމެ ބޮޑު ގައުމެވެ. އެމެރިކާގެ އަވަށްތައް އައްސޭރީގައި ވެސް ވެއެވެ. އެމެރިކާގެ އެހެނިހެން އަވަށްތަކާއި ވަކިން އޮންނަ އެލަސްކާ އަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ސިޓީ ނުވަތަ ސްޓޭޓް އެވެ. ކެނެޑާގެ އެއް ފަރާތެއްގައި އެޓްލާންޓިކް ކަނޑާއި އާރކްޓިކް ކަނޑުގެ އައްސޭރި އަށް އޮންނަ މިސްޓޭޓަކީ އެމެރިކާގެ ސިޓީ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ބޮޑު ސިޓީ ވެސް މެއެވެ.
 
އެމެރިކާގެ ސިޓީ ތަކަށް ވަކިން އޮންނަ އެމެރިކާގެ ޓެރިޓަރީ ތަކުގެ ގޮތުގެ ބެލެވޭ ބައެއް ތަންތަން ހުރެއެވެ. އޭގެ ތެރޭގައި ޕެސިފިކް ކަނޑުގައި އުތުރު އެމެރިކާ ބައްރުގެ ހުޅަގު ދެކުނަށް އޮންނަ ހަވާއީ އަދި ކެރީބިއަންގެ އިރު އުތުރު ހިސާބުގައި އޮންނަ ޕުއެޓްރިކޯ ހިމެނެއެވެ. އެމެރިކާގެ އިރުމަތީ ބިތުގެ ސިޓީ ތަކުގައި ފެހި ބިންތައް އެކުލެވިގެންވާއިރު، ހުޅަގު ބިތުގެ ސިޓީ ތަކުގައި ފަރުބަދަ ތަކާއި ޖަންގަލި ތައް ވެއެވެ. އަދި ހުޅަގު ދެކުނުގެ ސިޓީ ތަކުގައި ހަނަފަސް ސަހަރާތައް އެކުލެވިގެން ވެއެވެ. އެމެރިކާގެ އާބާދީގެ ބޮޑު ބަޔެއް ދިރިއުޅެނީ އިރު އުތުރު ބިތުގައިވާ ބޮޑު ކުޅި އަދި އެޓްލާންޓިކް ކަނޑުގެ އައްސޭރިއަށްވާ ސިޓީ ތަކުގައެވެ. Aިޔޭގެ 4 ވަނަ އެންމެ ބޮޑު ކޯރު ކަމުގައި ބެލެވޭ މިސިސިޕީ ކޯރު އޮންނަނީ އެމެރިކާގެ މެދުތެރޭގައެވެ. ކޮންމެ ވެސް ވަރަކަށް ގޮވާ ނުވަތަ ދޭތެރެ ދޭތެރެއިން ދުންއަރައި ހަދާ އަލިފާން ފަރުބަދަތައް ކޮންމެވެސް ވަރަކަށް އެމެރިކާގައި ވެއެވެ. އެމެރިކާ ބައްރުގައިވާ އެންމެ ބޮޑު މިފަދަ އަލިފާން ފަރުބަދަ ވަނީ ޔެލޯ ސްޓޯން ނޭޝަނަލް ޕާރކް ހުރި ހިސާބުގައެވެ. 

އެމެރިކާގެ ބޮޑު ކަމާއި ހެދި ޖިއޮގްރަފިކަލް ގޮތުން ބަލާއިރު އެމެރިކާގެ އެކި ހިސާބުތަކަށް މޫސުމްގެ ޙާލަތު ވަރަށް ބޮޑަށް ތަފާތު ވެއެވެ. އެގޮތުން ބައެއް ހިސާބުތަކަށް މެދުމިނުގެ ފިނިހޫނު މިން ހުންނަ އިރު އަނެއް ބައި ހިސާބުތަކުގައި ހޫނު ނުވަތަ ފިނި ކަން އިހްސާސް ކުރެވެއެވެ. އެންމެ ގިނަ ތޫފާންތައް އަންނަ އެއް ހިސާބަކީ އެމެރިކާގެ މެކްސިކޯ ކަނޑުއޮޅީގެ އައްސޭރީގައިވާ ހިސާބެވެ.

ތަފާތު މޫސުމްތަކެއް އޮތުމުގެ ސަބަބުން އެމެރިކާގައި ތަފާތު ބާވަތްތަކުގެ ގަސްތައް ހެދޭކަމަށް ފާހަގަ ކުރެވެއެވެ. އެގޮތުން ތަފާތު ބާވަތްބާވަތުގެ 17000 ވައްތަރުގެ ގަސް މިހާތަނަށް އެމެރިކާގައި ހެދޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ. އޭގެތެރެއިން 5000 ވައްތަރު ފެނިފައިވަނީ ހަމައެކަނި ކެލިފޯނިޔާ އިންނެވެ. ބުނެވޭ ގޮތުގައި ދުނިޔޭގެ އެންމެ ދިގު، އެންމެ ބިޔަ، އަދި އެންމެ ދުވަސްވީ ގަސްތައް ހެދިފައިވަނީ އެމެރިކާގެ ކެލިފޯނިޔާ ގައެވެ. 400 ވައްތަރުގެ ގާތުންދޭ ޖަނަވާރާއި، 700 ވައްތަރުގެ ދޫންޏާއި، 500 ވައްތަރުގެ ފިރުކޭ ޖަނަވާރު ( ހޯނު ބޮޑު ފަދަ ތަކެތި ) އަދި 90000 ވައްތަރުގެ ފަނިފަކުސަ އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. 

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ ދުނިޔޭގައިވާ އެންމެ ދުވަސްވީ ފެޑެރަލް ނިޒާމެއްގެ ދަށުން ޑިމޮކްރަސީގެ ހިޔާވަހިކަމުގައި ދުސްތޫރެއްގެ ދަށުން ވެރިކަން ހިނގަމުންދާ ޤައުމެވެ. ގިނަބަޔަކަށް ފެންނަ ގޮތަށް (މެޖޯރިޓީ) ތަބާވާ މަދުމީސްކޮޅުގެ ޚިޔާލަށް (މައިނޯރިޓީ) ޤާނޫނީ ހިމާޔަތް ލިބިދޭ މި ޤައުމުގައިވަނީ ދައުލަތުގެ ތިންބާރު ވަކިކުރެވިފައިވާ ޗެކް އެންޑް ބެލެންސް ސިސްޓަމެކެވެ. 




#Article 17: މާލެ (132 words)


މާލެ އަކީ ދިވެހިރާއްޖޭގެ ވެރިރަށެވެ. އަދި އެންމެ އާބާދީބޮޑު ރަށެވެ. މާލެ އަކީ މާލެ އަތޮޅު( އެައީ ކ.އަތޮޅް)ގެ ދެކުނު ފަރާތުގައިވާ ރަށެކެވެ. ޒަމާނުއްސުރެ މާލެ އަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރި ރަށެވެ. އަދި ދިވެހިރާއްޖޭގެ ރަސްރަސްކަލުން ރަސްކަންކޮށްފައިވާ ރަށެވެ. މާލެއަށް ކުރީގައި މަހަލް އޭވެސް ކިޔުނެވެ. އިހުގައި މާލެ ވަށާ ބޮޑު ފާރުތަކާއި ދޮރޯށި ލެވިފައިވެއެވެ. ރަސްކަމުގެ ގަނޑުވަރާއި ކޯއްޓޭތަކާއި ބުރުޒުތައް ވަނީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ތަޅާލާފައެވެ. އެއީ ރަސްކަން އުވާލެވި ޖުމްހޫއްރިއްޔަތަކަށް ވުމަށްފަހު މާލެ ބަދަލުކުރުމުގެތެރޭގައެވެ. ނަމަވެސް މާލޭ ހުކުރު މިސްކިތް އަދިވެސް ދެމިހުރެއެވެ. ފަހުގެ އަހަރުތަކުގައި މާލެ ވަނީ ހިއްކައިގެން ބޮޑުކޮށްފައެވެ. ނަމަވސް ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައި މާލޭގައި ދިރިއުޅުމުގެ ސަބަބުން މާލެވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. މާލޭ އާބާދީއަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބަ އެވެ. މާލޭގައި ވަޒަންވެރި ވެގެން އުޅޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންނާ އެކު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ މާލެ އެވެ.

ޤަދީމީ ދުވަސްވަރުގައި މާލެއަށް ކިޔުނު މަހަލް މިނަމުގެ އަސްލު ކަމުގައި ބެލެވިފައިވަނީ ދިވެހިރާއްޖެއަށް ކިޔުނު މަހަލްދުވިޕާ މިނަމެވެ. ދިވެހިރާއްޖެ އަށް އިނގިރޭސިބަހުން ކިޔާ 'މޯލްޑީވްޒް'ގެ މާނައަކީވެސް މާލޭގެ ރަށްތަކެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ނަން ދެވިފައިވަނީ މާލެއިންނެވެ.

ރަސްފަންނު




#Article 18: އިބްރާހީމް ނާޞިރު (3038 words)


ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. 

ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ.  

އިބްރާހީމް އަޙުމަދާއި އަޙުމަދު ޖަދުޢާން (2008)، އާފަތިސް ނޫހުގައި ލިޔުއްވައިފައިވާ ގޮތުގައި އިބްރާހީމް ނާޞިރު ތުއްޕުޅުއިރު އުޅުއްވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. ނަމަވެސް ފަހުން އެ މަނިކުފާނު ގެންގުޅުއްވައި ބޮޑުފުޅުވަންދެން ގެންގުޅުއްވީ އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހީމްދީދީ އެވެ.

ރިޔަލުދޯނި ދުއްވުމާއި, ރޭގަނޑު މަސްވެރިކަންކުރުމާއި, ގޯތިތެރޭގައި ގަސްހެއްދުމަކީ އިބްރާހިމް ނާޞިރު ޝައުޤުވެރިކަން ހުންނަ ކަންކަން ކަމަށް އަޙުމަދު ޖަދުޢާނާއި އިބްރާހީމް އަޙުމަދު (2008) ހާމަކުރައްވައެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަކީ ޞާޙިބުލް ފަޚާމާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އެވެ. ބައްޕަ އަކީ ވެލާނާގޭ މުޙައްމަދު ދީދީގެ އަހުމަދު ދީދީ އެވެ. މަންމައަކީ ޏ. ފުވައްމުލަކު އާއިޝާ ދީދި އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައެވެ. އެއީ ހިޖުރައިން 23 ޞަފަރު 1345 ވީ ބުރާސްފަތި ދުވަހުގައެވެ. 

އިބްރާހީމް ނާޞިރަކީ، ތުއްޕުޅު އިރުގައި ވަރަށް ދަތި ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް ފަހުން އައިސް އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވާންދެން ބެލެހެއްޓެވީ، ވެލާނާގޭ އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީއެވެ. އެމަނިކުފާނުގެ ބޮޑުބޭބެއެވެ. އިބްރާހީމް ނާޞިރަކީ، ވަރަށް ސާދާ ބޭފުޅެކެވެ. ކިޔަވަން އުޅުއްވީ ސޯސަންވިލާގައެވެ. އެމަނިކުފާނުގެ މިޒާޖުގައިވާ ގޮތުގެ މަތީން އެމަނިކުފާނަކީ ތެދުވެރި، އިޚްލާޞްތެރި، މީހުނަށް އޯގާވެރި ބޭފުޅެކެވެ. ޚިޔާނާތްތެރިކަމާއި ދޮގުހެއްދެވުމަކީ އެމަނިކުފާނުގައި މުޅިން ނެތް ކަމެއްކަމަށް އެމަނިކުފާނު ދަންނަ ގިނަ މީހުން ބުނެ އުޅެއެވެ. 

އިބްރާހީމް ނާޞިރު ތަޢުލީމް ޙާޞިލްކުރެއްވީ މަދަރުސަތުއް ސަނިއްޔާ އިންނެވެ. އޭގެ ފަހުން ސިލޯނުންނެވެ. މާލެ ވަޑައިގެން ސަރުކާރުގެ ބައެއް އާދައިގެ ވަޒީފާތައް އަދާކުރެއްވި އެވެ. އޭރު އިބްރާހީމް ނާޞިރު ހުންނެވީ އޭނާގެ ބޮޑުބޭބެ ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީ ގެ އަރިހުގައެވެ. 

އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދިވެހިރައްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެއިރު ހުންނެވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިއުފާދެއްވުމުންނެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ ޑިސެމްބަރު 11، 1957 ގައެވެ. ހަމަ މިދުވަހު ހަވީރު ރަދުންގެ އަމުރުފުޅަށް ރައްޔިތުންގެ މަޖްލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ. މިމަޖްލީހަށް ކިލެގެފާނުގެ އިސްތިއުފާގެ މައްސަލަ ހުށަހެޅިއްޖެއެވެ. މަޖްލީހުގެ އިއްތިފާގުން ފާސްވީ އިސްތިއުފާ ޤަބޫލުކުރުމަށެވެ. ހަމަ މި މަޖްލީހުގައި އިބްރާހީމް ނާޞިރު ހުށަހަޅުއްވައިގެން އިބްރާހީމް ޝިހާބު ތާއީދު ކުރައްވައިގެން ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނަށް ޞާޙިބުއްރިފްޢާ ގެ ލަޤަބު ލިބިވަޑައިގެންފިއެވެ. އަދި ސަރުކާރުގެ އެއްމެ މަތީ އެޑްވައިޒަރުގެ ޝަރަފުވެރިކަން ވެސް ދެއްވައިފިއެވެ. އަދި އޮތް މުސާރަފުޅުގައި (މަހަކަށް އެއްހާސް ފަސްސަތޭކަ ރުފިޔާ) ކާރުކޮޅު ވެސް ހަމަ އޮތް ގޮތަށް އޮވެގެން ޢިއްޒަތްތެރިކަމާއެކު ހުންނެވުމަށް ފާސްވެއްޖެއެވެ. އެހެން ނަމަވެސް ކިލެގެފާނު ބޮޑުވަޒީރު ކަމުގައި ވެސް އޭގެފަހުގައި ވެސް ކާރުކޮޅަކަށް ނާރުއްވައެވެ. ދެންނެވި ދިޔަ ރައްޔިތުންގެ މަޖްލީހުގައި އޮނަރަބްލް އިބްރާހީމް ޝިހާބު ހުށަހަޅުއްވާ ކުނޑިގޭ އަލްފާޟިލް ޢަބްދުއްލަޠީފު ތާއީދު ކުރައްވައިގެން އަލްފާޟިލް އިބްރާހީމް ނާޞިރު ބޮޑުވަޒީރަކަށް ޢައްޔަން ކުރައްވައިފިއެވެ. އަދި އެކަމުގެ ޤާނޫނީ ލަފާ ކީރިތި މަހާރަދުންނަށް ދަންނަވައިފިއެވެ. ކީރިތި މަހާރަދުން މިކަން ޤަބޫލު ކުރެއްވުމުން ޞާޙިބުއްސަޢާދާ އަލްފާޟިލް އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ވީއެވެ. މިހާރު އެމަނިކުފާނުގެ ނަންފުޅަކީ ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. 

އޮނަރަބްލް ޝިހާބު ލިޔުއްވާ ގޮތުގައި އެމަނިކުފާނު ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ މަތިގެއަށް އެއްކުރެވުނު ޚާއްޞަ މަޖްލީހެއްގައި ކީރިތި މަހާރަދުންގެ ކުރިމަތިފުޅުމަތީގައެވެ. އެ މަޖްލީހުގައި އެ މަނިކުފާނުންގެ ކެބިނެޓުގެ މެންބަރުންވެސް ހުވާ ކުރިއެވެ. ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ޑިސެމްބަރު 12، 1957 ގައެވެ. 

އިބްރާހީމް ނާޞިރު އާދައިގެ މަގާމަކުން ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި ނަމަވެސް، އޭނާވަނީ ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމްވެސް ފުރުއްވާފައެވެ. އޭނާއަކީ ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެއްވި ދެވަނަ ރައީސް އެވެ. ފުރަތަމަ ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލުވުމަށްފަހު ދިވެހިރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއޭ ކިޔާ މުޚާތަބުކުރެވުނީ އިބްރާހީމް ނާޞިރަށެވެ. 

އިބްރާހީމް ނާޞިރަށް ބޮޑު ވަޒީރުކަން ލިބިވަޑައިގަތީ މުޙައްމަދު ފަރީދުގެ ރަސްކަމުގައެވެ. ވަޒީރުލް އަޢުޒަމް ކަމުގެ މަގާމްގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޞިއްޙީ ހާލުކޮޅުހުރިގޮތުން 11 ޑިސެމްބަރު 1957 (19 ޖުމާދިލް އޫލާ 1377) ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ކީރިތި މަހާރަދުންގެ އަމުރުފުޅަށް 19 ޖުމާދިލް އޫލާ 1377 ގެ 2 ޖެހިއިރު ރައްޔިތުންގެ މަޖުލީހަށް 2 ސިޓީ ފުޅު ފޮނުއްވިއެވެ. އެއްސިޓީ ފުޅުގައިވަނީ ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭފުޅާގެ ޞިއްޙީ ހާލަތު ދެރަވަމުންދާތީ އެމަގާމުން އޭނާވަކިވެ ވަޑައިގަތުމަށް އެދި ރަދުންނަށް ހުށަހަޅުއްވާފައެވެ. އަދި ވަޒީރުލް އަޢުޒަމްކަން ދޭނެ ބޭފުޅަކާމެދު ގާނޫނީ ލަފާފުޅަކަށް އެދިވަޑައިގެންފައެވެ. އަނެއް ސިޓީ ފުޅުގައި ވަނީ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަށް ދައުލަތުގެ މުސްތަޝާރުކަން ދިނުމަށް ލަފާފުޅަކަށް އެދިފައެވެ. އަދި މިޖަލްސާ އަށް ވަޒީރުލް އަޢުޒަމް ފޮނުއްވާ ސިޓީ ފުޅެއްވެސް އިއްވުނެވެ. އެއީ ޞިއްޙީ ހާލު ހުރިގޮތުން އިސްތިއުފާ ހުށަހެޅުއްވި ވާހަކަ އެވެ. 
މިޖަލްސާ އިން ނިންމެވީ އިބްރާހީމް ނާޞިރު އަށް ބޮޑު ވަޒީރުކަން ދެއްވަން މަޖުލީހަށް ފެންނަކަމުގެ ގާނޫނީ މަޝްވަރާ ރަދުންނަށް ދެއްވުމަށެވެ. މިގޮތުގެ މަތީން 20 ޖުމާދިލް އޫލާ 1377 ދުވަހު މެންދުރު 1 ޖެހިއިރު މަތިގޭގައި އެއްކުރެއްވި ޚާއްޞަ މަޖުލީހެއްގައި އިބްރާހީމް ނާޞިރު ބޮޑު ވަޒީރު ކަމުގެ ގާނޫނީ ހުވާ ކުރެއްވި އެވެ. 
މުޙައްމަދު ފަރީދު ރަސްކަމުގައި ހުންނެވިޔަސް، އިބްރާހީމް ނާޞިރު އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ތާރީޚުން ފެށިގެން ރާއްޖޭގެ ކޮންމެ ދިމާއަކުން ކަމެއް ކުރިކަމުގައި ވިޔަސް އެއީ އެމަނިކުފާނުގެ ސިޔާދަތުގެ ދަށުން ހިގާދިޔަ ކަންތައްތަކެވެ. އިބްރާހީމް ނާޞިރު ބޮޑު ވަޒީރުކަމަށް އައުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ ކެބިނެޓް އަށް ބަދަލު ގެންނެވި އެވެ. 

އިބްރާހީމް ނާޞިރު ސިޔާސީ މައިދާނުން ފެންނަން ފެށީ އަލްއަމީރު މުޙައްމަދު އަމީން ގެ ޖުމްހޫރީ ވެރިކަން އުވާލެވުނު އިންގިލާބާއި ގުޅިގެންނެވެ. މުޙައްމަދު އަމީންގެ ވެރިކަން ނިމި، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑު ވަޒީރު ކަމުގައި ،މަޙްކަމަތުއް ދާޚިލިއްޔާ، އަދި މަހްކަމަތުލް އަމަން އާންމުގެ އިސް މަގާމްތަކެއް އިބްރާހީމް ނާޞިރު ފުރުއްވި އެވެ. އިބްރާހީމް ނާޞިރަށް ބޮޑު ވަޒީރުަކަން ލިބުނު އިރުވެސް އެމަގާމްތައް ގެންދެވީ ފުރުއްވަމުންނެވެ. 
އިބްރާހީމް ނާޞިރު އަކީ މުރާލި ބޭފުޅެކެވެ. ސަރުކާރުން ހިންގަވާ މަޝްރޫޢުތައް އަމިއްލަފުޅަށް ވަޑައިގެން ބެއްލެވި ޙިކުމަތް ތެރިއެކެވެ. ރާއްޖެ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެއްވި ޚިދުމަތްތެރި ބަސްމަދު ބޭފުޅެކެވެ. މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދެވަނަ ބޮޑު ވަޒީރުކަން ލިބުމަށްފަހު ރާއްޖެއަށް އައި އިމްރާނީ އަދި ތައުލީމީ އިގްތިޞާދީ ތަރައްގީގެ ދެވަނަ ފެށުމަކީ އެމަނިކުފާނު އެވެ. 
އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރު ކަމުގައި ގެންނެވި ކުރިއެރުން ތަކުގެ ތެރޭގައި ހުޅުލެއާއި ވިލިގިލީގައި ތިބި ގިރާވަރު މީހުން މާލެއަށް ބަދަލުކުރެއްވުމާއި، ހުޅުލޭގައި އެއަރޕޯޓެއްގެ ހެދުމުގެ މަސައްކަތް ފާހަގަ ކުރެވެއެވެ. ހުޅުލޭ އެއަރޕޯޓް ހެދުމުގެ މަސައްކަތް ފެއްޓެވީ 4 އެޕްރީލް 1960 ގައެވެ. އެއަރޕޯޓްގެ ހެދުމުގެ ވެރިއެއްގެ ގޮތުން ހުންނެވީ ހ.މީނާޒް އަލްއުސްތާޛު ޢަބުދުﷲ ޙަމީދު އެވެ. ހުޅުލޭ އެއަރޕޯޓް އަށް ފުރަތަމަ މަތިންދާ ބޯޓެއްގެ ޖެއްސީ ދަގަނޑު ފިލާގެ މައްޗަށް 19 އޮކްޓޯބަރު 1960 (19 ރަބީޢުލްއާޚިރު 1380ހ) ގައެވެ. އެއީ ސިލޯންގެ މަތިންދާ ބޯޓެކެވެ. 

އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރު ކަމުގައި ހިގާދިޔަ އެންމެ ބޮޑު އެއް މައްސަލަ އަކީ އައްޑު އަތޮޅަށް އިގިރޭސިން ފޭބުމާއި ގުޅިގެން ދެކުނު 3 އަތޮޅުގައި ހިގާދިޔަ ދެކުނު ގަޑުބަޑު އެވެ. އިގިރޭސިން އައްޑު އަތޮޅަށް ފޭބުމާއި ގުޅިގެން ދިވެހި ސަރުކާރާއި އައްޑު އަތޮޅާއި ދެމެދު ގަޑުބަޑު ހަދައި، އައްޑު އަތޮޅާއި، ހުވަދު އަތޮޅު އަދި ފުވައްމުލައް ވަކި ދައުލަތެއްގެ ގޮތުގައި އިޢުލާންކޮށް ޔުނައިޓެޑް ސުވެޑީބު އައިލޭންޑް ގެ ނަމުގައި 13 މާރޗް 1959 (3 ރަމަޟާން 1378ހ) ގައި ނަންދެއްވި އެވެ. މިސަރުކާރުގެ ރައީސް އަކަށް ހުންނެވީ އައްޑު އަތޮޅު ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ އަފީފް އެވެ. 
އިގިރޭސިން އައްޑު އަތޮޅަށް ފޭބުމާއި ގުޅިގެން ދިވެހި ސަރުކާރާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް ސަރުކާރުން ވަފުދުތައް ވެސް ފޮނުއްވި އެވެ. ނަމަވެސް ކަންތައް ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިވަފުދުތައް ވަޑައިގެން ޢަބުދުﷲ އަފީފް އާއި ވެސް ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް އަލިމަގެއް ނުފެނި ގިނަ ދުވަސްތަކެއް ވަމުން ދިޔައެވެ. ބައެއް ބޭފުޅުންގެ ދިރާސާތަކުން ދައްކަނީ މިމައްސަލަ ޖެހެން ދިމާވި އެންމެ ބޮޑު ސަބަބަކީ ގަމުގައި ތިބި މީހުން މަރަދޫ ފޭދޫ އަށާއި، ފޭދޫ އަށް ބަދަލުކުރެއްވުމުގެ މައްސަލައިގައި އިގިރޭސިން އަޅައިދޭ ގެތަކުގެ ފެންވަރު ދަށްކަމާއި، ރުއްގަހަށް ބަދަލު ދިނުމުގެ މައްސަލަ އެވެ. ދުވަސްވަރަކީ ދެކުނު 3 އަތޮޅާއި ރާއްޖެއަށް ވެސް ހީނަރުކަން އައިސްފައިވާ ދުވަސްވަރެއްކަމުން މިޚިލާފުތަކުގެ ސަބަބުން ގަޑުބަޑުއަށް ބަދަލުވެ، ކުރިން ދެންނެވި ސަރުކާރުގެ ނަމުން ނަންކިޔައި ދިވެހި ސަރުކާރާއި ވަކިވެ، އަދި ބޮޑު މައްސަލަ އަކަށްވީ އެވެ.
 
ދެކުނު 3 އަތޮޅުގައި ބަޔާންވެ ދިޔަ ގޮތުގެ މަތީން ކަންހިންގުމާއި ގުޅިގެން، ވަޒީރުލް އަޢުޒަމް ދިވެހި ދައުލަތުން މިކަމާބެހޭ ފިޔަވަޅު އަޅަން ފެއްޓެވި އެވެ. ދިވެހި ސަރުކާރުން އެޅުއްވި އެއް ފިޔަވަޅަކީ އޭރުގެ ވަޒީރުލް އަޢުޒަމް އިބްރާހީމް ނާޞިރަށް މިމައްސަލަ ހަމަޖެއްސުމަށް ރައްޔިތުންގެ އިތުބާރު އޮތްތޯ  ވޯޓެއް ނެންގެވުމެވެ. މިވޯޓް ނެންގެވީ 1959 ގެ އެޕްރީލް މަހުގެ ތެރޭގައެވެ. މިވޯޓުން ވަޒީރުލް އަޢުޒަމަށް މައްސަލަ ހަމަޖެއްސެވުމުގެ ބާރު އެރުވުނެވެ. އަދި އޭރު ރައްޔިތުންގެ މަޖުލީހުން ވެސް އިބްރާހީމް ނާޞިރަށް މިމައްސަލަ ހަމަޖެއްސެވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދެއްވި އެވެ. 

ދެކުނު 3 އަތޮޅުގައި އުފެދިފައިވާ ގަޑުބަޑުގެ މައްސަލަ ހަމަޖެއްސެވުމުގެ މަސައްކަތް ބޮޑު ވަޒީރު އިބްރާހީމް ނާޞިރު ފެއްޓެވި އެވެ. މިގޮތުން 3 ޖެނުއަރީ 1958 ގައި ކޮމިޝަނެއް އުފެއްދެވި އެވެ. އަދި 29 މާރޗް 1959 ވީ އާދީއްތަ ދުވަހު، ސިފައިން ފުވައްމުލަކު އަށް ފޮނުވިއެވެ. އިސްބޭފުޅަކަށް ހުންނެވީ ދައްޕަރު މޫސާ މަނިކު އެވެ. މިދަތުރުވީ ނާކާމިޔާބެވެ.
އޭގެ ފަހުން 13 ޖުލައި 1959 ގައި މޯލްޑިވްސް ސްޓަރ ގައި ވަޒީރުލް އަޢުޒަމް 700 މީހުންނާއި އެކު ( އާންމުންނާއި ސިފައިންގެ ގާތްގަނޑަކަށް 50 މީހުން ) ހުވަދު އަތޮޅަށް ވަޑައިގެން ދެކުނު ގަޑުބަޑު ހަމަޖެއްސެވުމަށްފަހު، އެބުރި މާލެ
ވަޑައިގަތީ 20 ޖުލައި 1959 ގައެވެ. އެހިސާބުން ހިތަދޫ ޢަބުދުﷲ އަފީފް ވެސް އިގިރޭސިން ޝީސެލްސް އަށް ގެންދެވުމާއި ގުޅިގެން އައްޑު އަތޮޅުގައި ވެސް ދިވެހި ސަރުކާރުގެ ދިދަ ނަގައިފި އެވެ. 
މިމައްސަލަ ފެށުމާއެކު ރަދުންގެ އަމުރަށް ސްރީލަންކާގައި ހުންނަ އިގިރޭސި ހައިކޮމިޝަނަށް އިބްރާހީމް ނާޞިރު ވަފުދުތައް ފޮނުވާ ހެއްދެވި އެވެ. އަދި 15 ޑިސެމްބަރު 1956ން ފެށިގެން 30 އަހަރުދުވަހުގެ މުއްދަތަށް ގަމުގެ މުޅި ސަރަހައްދު، އަދި ހިތަދޫ މާމެންދޫ އިން ފާހަގަކުރެވިފައިވާ 10 އޭކަރުގެ ސަރަހައްދެއް ބޭނުންކުރުމާއި ބެހޭ އެއްބަސްވުމުގައި އިގިރޭސި ދައުލަތާއެކު ސޮއި ކުރެއްވީ ބޮޑު ވަޒީރު އިބްރާހީމް ނާޞިރު އެވެ. އެއީ ކުރީގައި 100 އަހަރަށް ގަން ކުއްޔަށް ދިނުމާއި ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން 30 އަހަރަށް ބަދަލުކުރެއްވި އެގްރީމެންޓް އެވެ. މިއީ ގަމާއި ހިތަދޫގެ ސަރަހައްދެއް ކުއްޔަށް ދިނުމާއި ބެހޭގޮތުން ކުރެވުނު އެންމެ ފަހުގެ އެގްރީމެންޓް އެވެ. 

އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބުމާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގެވި އެވެ. މީގެ ތެރޭގައި އިގިރޭސި ސަފީރަކު ރާއްޖޭގައި ހުންނަވާގޮތަށް ހަމަޖެހި، 14 ޖުލައި 1960 ރާއްޖެ ވަޑައިގަތް އެޗްއޭ އާތިންތަންޑޭވީ 8 އޮކްޓޯބަރު 1960ން ފެށިގެން ރާއްޖޭގައި ހުންނަވަން ފެއްޓެވި އެވެ. ފަހުން މީނާ ބެހެއްޓީ ދޫނިދޫ ގައެވެ. ދޫނިދޫގައި މީނާ ހުންނަވަނިކޮށް ދެކުނު ގަޑުބަޑު ހިނގުމާއި ގުޅިގެން މާލޭގެ އަންހެނުން ދޫނިދޫ އަށް ގޮސް މީނާ ރާއްޖެއިން ފޮނުވައިލަން އުޅުމަކީ އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރު ކަމުގައި ހިނގި ކަމެކެވެ. މިއީ ތާރީޚްގައި ދިވެހި އަންހެނުންގެ ކެރޭކަން ދައްކުވައިދޭ ރަމްޒެކެވެ. 

ދެކުނު 3 އަތޮޅުގެ މައްސަލަ ހަމަޖެއްސެވުމަށްފަހު އިބްރާހީމް ނާޞިރު މަސައްކަތްކުރެއްވީ ރާއްޖެއަށް މިނިވަންކަން ހޯދައި ދިނުމަށެވެ. މިގޮތުން ކޮޅުބުގައި ހުންނަ އިގިރޭސި ސަފީރުގެ އަރިހަށް ރާއްޖޭގެ ވަފުދުތައް ފޮނުއްވި އެވެ. 15 ނޮވެމްބަރު 1967 ގައި އޮތް ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ދިވެހިރާއްޖެގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ބެލުމަށް ބިލެއް މަޖުލީހަށް ހުށަހެޅުނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މަޖުލީހުގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުންނަށް ފެނުނީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމުހޫރީ ވެރިކަމެއް ކަމަށެވެ. ކުރިން ދެންނެވި ގޮތަށް ފާސްވުމާއި ގުޅިގެން 15 މާރޗް 1968 ގައި އާންމު ރައްޔިތުންގެ ޚިޔާލު އެކަމުގައި ހޯދުމަށް ވޯޓް ނެގުނެވެ. ނެގުނު އާންމު ވޯޓްގެ ނަތީޖާގައި ޖުމުހޫރީ ވެރިކަމެއް އޮތުމަށް 36997 ވޯޓް ލިބުނެވެ. ރަސްކަމެއް އޮންނަން ފެންނަކަމަށް ލިބުނީ 8551 ވޯޓް އެވެ. މިވޯޓްގެ ނަތީޖާއަށްފަހު 11 ނޮވެމްބަރު 1968 ގައި ދިވެހި ޖުމުހޫރިއްޔާ އިޢުލާންކޮށް، އެރޭ އޮތް ރައްޔިތުން މަޖުލީހުގެ ޖަލްސާއެއްގައި ކެބިނެޓް އިޢުލާންކޮށް ރައީސުލް ޖުމްހޫރިއްޔާގެ ކަމުގެ ހުވާ އިބްރާހީމް ނާޞިރު ކުރެއްވި އެވެ.

އަންހެނުންނަށް އެއްވެސް ހިފެހެއްޓުމެއްނެތި މާފުޅާ ދާއިރާގައި އަޅާހިތްވާ ކޮންމެ ހެދުމެއް އަޅައިގެން އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބުނީ އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމަށް ފަހުއެވެ. ނާޞިރު ބޮޑުވަޒީރުކަމަށް ވަޑައިގަތް އިރު ދިވެހި އަންހެނުން ތިބީ ފިކުރީ ގޮތުން ވަރަށް ދަށުގައެވެ. ތަޢުލީމީ ގޮތުން އެއަށްވުރެ މާދަށުގައެވެ. ދުނިޔޭގެ އެއްވެސް ތަނެއް ނުފެނެއެވެ. އަޑެއް ނީވެއެވެ. ޓީ.ވީ. އަމުދުން ވެސް ނެތެވެ. މިފަދަ ދުވަސްވަރެއްގައި، ބޮޑުވަޒީރު ނާޞިރު ދިވެހި އަންހެނުންނަށް ސަރުކާރުންނާއި ޕްރައިވެޓް ސެކްޓަރުން އެމީހެއްގެ ލިޔާގަތާއި ޤާބިލިއްޔަތު ހުރި މިންވަރަކުން ވަޒީފާތައް ލިބުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ.

މިއަދު މިދެކޭ މިނިވަންކަމުގެ ޙަޤީޤި ބާނީ އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރެވެ. ދިވެހި ޤައުމަށް 1965 ގެ މިނިވަންކަން ލިބިފައިވަނީ ނާޞިރު ކުރެއްވި ބުރަ މަސަތްކަތްޕުޅުންނެވެ. 

މިނިވަންކަމުގެ އުފާވެރި ހިނިތުންވުން ތަކުގައި މިއަދު ދިވެހިރާއްޖެ އޮތް ނަމަވެސް އެ މިނިވަންކަން ހޯއްދެވުމަށް ނާޞިރު މަސައްކަތްޕުޅު ކުރެއްވީ ވަރަށް ގޮތްދޫ ނުކުރައްވާ ސިޔާސަތެއްގައެވެ. 

އިނގިރޭސި ދައުލަތާއި ދިވެހި ސަރުރާކާރާ ދެމެދު ދެކެވުނު މިނިވަންކަމުގެ ވާހަކަ ތަކުގެ މެދުވެރި އަކަށް އުޅުއްވި ޢަބުދުއްސައްތާރު މޫސާދީދީ ހަވީރު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ ނާޞިރު އެދުވަސްވަރު އެވަރުން މަސައްކަތް ނުކުރެއްވި ނަމަ 1965 ގެ މިނިވަން ކަމެއް	އެހާއަވަހަކަށް ރާއްޖެއަކަށް ނުލިބުނީސް އެވެ.

ޢަބްދުއްސައްތާރު މިދުވަސްވަރުގެ ކަންތައް ހިގައިދިޔަ ގޮތް ސިފަކުރައްވަމުން ވިދާޅުވީ އަޅުގަނޑާ ސީދާ ނާޞިރުވެސް ގުޅުއްވާނެ. އަޅުގަނޑަށް ޖެހޭނެ އެދުވަހެއްގެ އެދެކެވުނު ވާހަކަތައް ނާޞިރަށް ދަންނަވަން. ދެން ނާޞިރު ދެއްވާ ޖަވާބު ދެން އޮންނަ ޖަލްސާއެއްގައި އަޅުގަނޑު ދަންނަވަނީ. އޭރަކު މިހާރު މިހުންނަހެން މުއާޞަލާތީ ފަސޭހަތަކެއް ނުހުރޭ އަޅުގަނޑުމެން މެސެޖްތައް ފޮނުވަނީ ވަޔަރލެސްގެ ޒަރީޢާއިންނެވެ.

[ރާއްޖޭގައި ޒަމާނުއްސުރެ ދެވެމުން އައި ތަޢުލީމީ ޚިދުމަތް، އެދުރުގެތަކުން، މަކުތަބުތަކުން މަދަރުސާތަކަށް ބަދަލުވެ މި ޒަމާނުގެ އިނގިރޭސި ތަޢުލީމާ ދިމާއަށް މިޞްރާބު ޖެހީ މީލާދީ ގޮތުން 1957 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން ބިދޭސީ ޓީޗަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ގެންނެވުމާ ގުޅިގެންނެވެ. މރ. އެތަލް ރީޑިއަސް އާއި މިސިޒް އޭ.އެމް ފެނާންޑޯއާއި މިސް ރާމް އާއި މިސް އެމް.އެލް ނަމަތުންގަ ރާއްޖެ ގެނެވުނީ ހިޖްރީ ގޮތުން 1377 ވަނަ އަހަރު ޝަޢުބާން މަހު 4 ވަނަ ދުވަހު (23 ފެބްރުއަރީ 1958 ގައި) އެވެ. ސިލޯނުން ގެނެވުނު މި ހުރިހާ ޓީޗަރުންވެސް ކިޔަވައިދެއްވީ މަދުރަސަތުލް މަޖީދިއްޔާ އާއި މަދުރަސަތުލް އަމީނިއްޔާގައެވެ. 1960 ގެ އަހަރުތަކަށް އަޅައިގަތްއިރު ރާއްޖޭގެ އިސް މަސްއޫލުވެރިން ތަޢުލީމީ ކަންކަމަށް ވިސްނެވުމަށްފަހު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހުޅަނގުގެ ތަޢުލީމީ ނިޒާމަށް ބަދަލުކުރައްވައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށެވެ. އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާބިލު ހުނަރުވެރިން އުފެއްދެވުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސަރުކާރުގެ 2 މަދުރަސާ ކަމަށްވާ މަދުރަސަތުލްމަޖީދިއްޔާ އާއި މަދުރަސަތުލްއަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވަން ފެއްޓެވިއެވެ. އަދި 1961 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާގެ މރ. ޖޭ.ވީ ހިލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި 21 މާޗް 1961 ން ފެށިގެން ޢަމަލީ ގޮތުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. އެހެންވީމާ ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުކުރެއްވި މޭސްތިރިއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުކަމުގައި ދެންނެވުމަކީ ތާރީޚަށްޓަކައި ފާހަގަކުރާންޖެހޭނެ ކަމެކެވެ.](މިނިސްޓްރީ އޮފް އެޑިޔުކޭޝަން)

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް އެނގުމަކާ ނުލައި ވަރަށް ސިއްރުވެރި ގޮތެއްގައި ސިލޯނުގައި އެއްބަސްވެވުނު އެއްބަސް ވުމެއްގެ ދަށުން ސ. ގަން 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވުނީ 1956 ވަނަ އަހަރުގައި ކަމަށް [20 ވަނަ ޤަރުނުގައި ދިވެހިރާއްޖެ 4] (2006) މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މިކަމާބެހޭ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށް ކީރިތި މަހާރަދުން ތަޞްދީޤުކުރެއްވުމުގެ ކަންކަން ނިންމެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީ މާފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިކަމާ ދެކޮޅަށް ފިސާރި ކެރި ހުންނަވައިގެން ވަކާލާތުކުރައްވަންފެއްޓެވީ އިބްރާހީމް ނާޞިރުކަން ފާހަކަކޮށްލެވެއެވެ. އެ އެގްރީމެންޓަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނޭ އެގްރީމެންޓެއް ނޫންކަމަށާއި އެކަން އެ ގޮތަށް ކުރެވިގެން ނުވާނޭކަމަށާއި އެ އެމް.އޯ.ޔޫ. ގެ ކޮޕީއެއް ލިބިގެންނޫނީ މަޖްލިސްގައި އެވާހަކަ ދެކެވިގެންވެސް ނުވާނޭކަމަށް އަޑު އުފުއްލަވައި އެކަން ނާކާމިޔާބުކޮށްލެއްވިއެވެ.

ދިވެހި ތަޢުލީމީ ޒުވާނުންތަކެއްގެ ހިތުގައި އިނގިރޭސީންގެ ޙިމާޔަތާމެދު އުފެދުނު އާ ވިސްނުމެއްގެ ސަބަބުން އިނގިރޭސީންގެ ޙިމާޔަތުންވަކިވެ މިނިވަން ޤައުމަކަށްވުމުގެ ޙަރަކަތްތައް ފެށިގެން ދިޔައެވެ. އިބްރާހީމް ނާޞިރު އިސްވެ ހުންނަވައިގެން ރަސްމީ ގޮތެއްގައި ފެއްޓެވި މި މަސައްކަތުގެ ނަތީޖާއަކަށްވީ ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމެވެ. އިނގިރޭސި ދައުލަތާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު މި ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ދައުލަތުގެ (އޭރުގެ) ވަޒީރުލްއަޢުޡަމް ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ހައިކޮމިޝަނަރ ގެ ގެކޮޅުގައި އޮތް މި ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު 10:00 ގައެވެ.

ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ލިޔުއްވައިފައިވާ ގޮތުގައި ވޯރާ ވިޔަފާރިވެރިން މާލެ އައީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން IV ގެ ރަސްކަމުގައެވެ. މީލާދީން 1857 ވަނަ އަހަރުގެ މެދުތެރޭގައެވެ. [ވޯރާއިން މާލެއަށް ގަދަކުރުވީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ]އެ މީހުން ރާއްޖެ އައިސް ކުރީ ފޭރި ކާ ވިޔަފާރި އެވެ.ދިވެހީންނަށް ދެމުން ދިޔައީ ބޮޑު ގެއްލުމެވެ. މި ގޮތަށް މިކަން ހިނގަމުން ދަނިކޮށް 1959 ވަނައަހަރު ވޯރާއިންގެ ވިޔަފާރި ހުއްޓާލުމަށް ނާޞިރު ކުރިމަތިލައްވައިފިއެވެ. ގާތްގަނޑަކަށް 105 އަހަރަށް ދެމިގެން ދިޔަ މި ވިޔަފާރި، ވޯރާއިންނަށް ތަފާތު ދަތިތައް ކުރައްވައި، 1 އޮގަސްޓް 1962 ގައި ނާޞިރު މުޅިން ހުއްޓުވައިލިއެވެ.]

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޑޭޓް ޙަރަކާތާއި ގަރލްގައިޑް ޙަރަކާތް ފެއްޓެވީވެސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައެވެ. 1962 ގައި ފެއްޓުނު މި 2 ޙަރަކާތުގައި ފުރަތަމަ ކެޑޭޓުންނަށް ބަޑި ޙަވާލުކުރެއްވީ ދައުލަތުގެ ވެރިޔާގެ ގޮތުން ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއަޢުޡަމެވެ. ގައިޑުންގެ ފުރަތަމަ ކޭމްޕް ބޭއްވުނީ ހުޅުލޭގައި 1964 ވަނަ އަހަރު ނޮވެމްބަރ މަހު 11 ވަނަ ދުވަހުއެވެ. މި 2 ޙަރަކާތުގެވެސް އިސްވެރިޔަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ.

ރާޢްޖޭގެ ވިޔަފާރީގައި ވަކި ހިއްޕައިލައިގެން ޤަރުނަކަށްވުރެ ގިނަ ދުވަހު ތިބި ވޯރާވިޔަފާރިވެރިން ރާއްޖެއިން ފައްސައިލުމަށްފަހު ރާއްޖޭގެ ވިޔަފާރި ހަރުދަނާ ކުރުމަށްޓަކައި އެކި ގޮތްގޮތަށް ބަދަލުވަމުން ދިޔައެވެ. މި ގޮތުން މޯލްޑިވްސް ގަވރންމެންޓް ބޮޑު ސްޓޯރ (MGBS)  އާ ގުޅުން ހުރިތަނެއްގެ ގޮތުގައި ވަކި ވިޔަފާރި ގޮތްޕެއް ނާޞިރު ހެއްދެވިއެވެ. އަތިރީ މާފަންނުގޭ ޓްރޭޑިންގ އޭޖެންސީ (ATA) ގެ ނަމުގައި ވަކި ވިޔަފާރި އެކައުންޓެއްގެ ގޮތުގައި މި ވިޔަފާރި ފައްޓަވައި ފުޅާކުރެއްވި އެވެ. ނާސިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި މިޙަރަކާތަކީ މިއަދު ރާއްޖޭގެ ވިޔަފާރީގައި ބޮޑު ޙިއްޞާއެއް އަދާކުރާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (STO) އެވެ. 

ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ވިޔަފާރިއެއްގެ ގޮތުގައި ނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފު ވެގެން އައީ އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައެވެ. އިޓަލީގެ ރައްޔިތެއް ކަމުގައިވާ ޖޯޖް ކޯބިން ދިން ޚިޔާލަކާ ގުޅިގެން މަސް އޮޑި އަޙުމަދު ނަސީމާއި ކޮލި މުޙައްމަދު ޢުމަރު މަނިކުގެ އިސްނެންގެވުމުގެ މަތީން ފުރަތަމަ ހެދި ރިޒޯޓަކީ ކުރުނބާ ވިލެޖް (ވިހަމަނާ ފުށި) އެވެ. އަދި ނާޞިރު، ޤާނޫނެއްގެ ދަށުން، ބިން މިލްކު ކުރައްވައިގެން ބޮޑު ބަނޑޮހުގައި ރިސޯޓެއް ހުޅުވައިފިއެވެ. އަދި އަޙުމަދު ޙިލްމީ ދީދީ އަތްޕުޅުން ފަރުކޮޅު ފުށި ކުތްޔަށް ހިއްޕަވައިގެން  އެރަށުގައި ކުލަބް ނޭޗަރ (ހެއްދެވިހާލަށް މީހުން އުޅޭ ރަށެއް)ގެ ގޮތުގައި ނާޞިރު އެރަށް ތަރައްޤީކުރައްވައިފިއެވެ. ފަރުކޮޅުފުށީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު (ފަހުން) މި މަޒުމޫނުގެ ލިޔުންތެރިޔާ އަށްވެސް ލިބުނުކަން މިތާނގައި ފާހަގަކޮށްލަމެވެ.

އެ ޒަމާނުގައި ދިވެހިރާއްޖެއަށް ޢާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ހިކި ކަނޑުމަހެވެ. މަހުގެ ބާޒާރަކީ ހަމައެކަނި ސިލޯނެވެ. އެހެންކަމުން ލަންކާގެ ފަރާތުން އަޅަ ކޮންމެ ފިޔަވަޅަކުން ރާއްޖޭގެ އިޤްތިޞާދަށް ލޮޅުން އަރައެވެ. [މި ހިސާޞުން ދެން ޢަޒުމް ވަރުގަދަ ނާޞިރު ކުރިމަތިލެއްވީ ދިވެހީންގެ އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. މަސް ވިއްކާނެ ބާޒާރެއް ހޯދާށެވެ. މި ގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ މަރުބޭނީ ކޯރޕަރޭޝަނާއެކު މަސްގަތުމުގެ އެގްރީމެންޓެއްގައި 7 އޭޕްރިލް 1972 ގައި ސޮއިކޮށްފިއެވެ. ދިވެހި މަސްވެރިން ބާނާ މަސް އެ ކުންފުނީގެ ބޯޓުތަކަށް ގަނެ އެ މަސް ފިނިކޮށްގެން ބޭރަށް ގެންދާށެވެ. އެކްސްޕޯޓް ކުރާށެވެ.

ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތަކީ ހިކިކަނޑުމަސް ކަމަށް ވެފައި އެ މަސް ގަންނަ ހަމަ އެކަނި ޤައުމަކީ ސިލޯން ކަމަށްވާތީ ދިވެހި އިޤްތިޞާދު އޮތީ ސިލޯން ގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ދެންނެވިދާނެއެވެ. މިހެން މިކަން އޮއްވައި 1970 ގެ އަހަރުތަކުގެ ކުރީކޮޅު، ވަރަށް ކުއްލި ގޮތެއްގައި ރާއްޖޭގެ ހިކި މަސް ލަންކާއަށް ނުގަންނަ ގޮތަށް އެ ޤައުމުން ނިންމި އެވެ. ދިވެހި ޤައުމަށް ކުރިމަތިވި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ޢަޒުމް ވަރުގަދަ ނާޞިރު، ހިތްވަރާއެކު މަސައްކަތް ފެއްޓެވީ އެހެން މަގެއް ފެނޭތޯއެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އެހެން ބާޒާރެއް ލިބޭތޯ މަސައްކަތް ފެއްޓެވި އެވެ. އަދި ރާއްޖޭގައި ރޯމަސްގަނެ  ބޭރުކުރުމުގެ ފުރުޞަތު ބޭރުގެ ކުންފުނިތަކަށް ހުޅުވައިލެއްވި އެވެ. މި ދަޢުވަތަށް އިޖާބަދީ ރާއްޖެ އައި ފުރަތަމަ ކުންފުންޏަކީ ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނެވެ.

ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ ވާދަވެރިކަން އިތުރުވި ދަނޑިވަޅުގައި މާތް ﷲ ގެ ރަޙުމަތްފުޅުން ރާއްޖެއަށް ބާނާ މަހުގެ ޢަދަދުވެސް އިތުރުވިއެވެ. އެހެންކަމުން ރާއްޖޭގައި އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވިއެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފާދިއްޕޮޅު ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް (Tuna Processing Plant) 2 ފެބްރުއަރީ 1978 ގައި ޤާއިމުކުރެވުނެވެ. މިއީ ޖަޕާނުގެ [ނިޕޮނ ސުއިޒާން ކައިޝާ ލިމިޓެޑާއި] ދިވެހި ސަރުކާރު ބައިވެރިވެގެން (ޖޮއިންޓް ވެންޗަރ އުޞޫލުން) ހުޅުވި ކާރުޚާނާއެކެވެ.

ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން ދިވެހީންގެ ހިތްތަކުގައިވާ ވަޠަނިއްޔަތުގެރޫޙު ދިރިގެންދިޔައެވެ. މިކަންތައްތަކުގެ ތެރޭން އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތްވުމުގެ ރޫޙު ދިވެހީންގެ ކިބައިގައި އުފެދި އިތުރުވެ އާލާވިއެވެ.

މިދަނޑިވަޅުގައި  ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ދުރުވިސްނިވަޑައިގަތުމާއެކު ހުޅުލޭ މަތީންދާ ބޯޓު ތިރިކުރާ ތަން ދިވެހި ސަރުކާރުގެ ތަނެއްގެ ގޮތުގައި ހެދުމަށް ދައުލަތުން ޤަޞްދު ކުރައްވައިފިއެވެ. (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 47)

ރާޢްޖޭގައި އަމިއްލަ ވައިގެ ބަނދަރެއް އުފެދުމާއެކު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްފުޅާކުރެއްވުމަކީ އިޖްތިމާޢީގޮތުން ލިބޭ ފައިދާގެ އިތުރުން ދިވެހި ޤައުމަށް އިޤްތިޞާދީ ކުރިއެރުންތަކެއް އަންނާނޭ ކަމެއްކަމަށް ރައީސް ނާޞިރަށް ފެނިވަޑައިގެން 1966 ގައި 2 މަތީންދާ ބޯޓެއް ރާއްޖެއަށް ބައްލަވައިގަތެވެ. [އެއަރ މޯލްޑިވްސް] ގެ ނަމުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ކުންފުންޏެއް އުފައްދަވައިފި އެވެ. މިކަމުގައި އިސްކޮށް ޙަރަކަތްތެރިވުމަށް ޙަވާލުކުރެވިފައިވަނީ އެ ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ އަދި ރާއްޖޭގެ ފުރަތަމަ ކޯޕައިލޮޓް މުޙައްމަދު ނަޢީމާއެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997)

މަސްވެރިކަމުގެ މުޅިން އާ ޖީލެއް ޤާއިމު ކުރުމަށްޓަކައި ދޯނި ފަހަރުގައި އިންޖީނު އެޅުމުގެ ޚިޔާލު ފާޅުކުރައްވައި މިކަމަށް އެހީ ހޯދުމަށް އޭރުގް މިނިސްޓަރ އޮފް ފިޝަރީޒް އަޙުމަދު ޙިލްމީ ދީ ޖަޕާނަށް ފޮނުއްވިއެވެ. ޖަޕާނުގެ ދީލަތި އެހީގައި 200 އިންޖީނު ހޯއްދަވައިގެން، އަމިއްލަ މީސް މީހުންގެ މަސްދޯނި ފަހަރުގައި  އިންޖީނު އަޅައިދޭން ފެށީ 16 ސެޕްޓެމްބަރ 1974 ގައެވެ. މިއީ ދިގު މުއްދަތެއްގެ ތެރޭގައި އަގުއަދާކުރާ ގޮތަށް ސަރުކާރުން ދެއްވި ޚިދުމަތެކެވެ.

އާދަމް ޙަލީމް (2008) ބަޔާންކުރައްވާ ގޮތުގައި ރައީސް ނާޞިރުގެ ދައުރުގައި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ޚިދުމަތަކީ ބޯޓުފަހަރު ދުއްވުމުގެ ޞިނާޢަތެވެ. (shipping industry) . މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ގެ ނަމުގައި ހިންގެވި، މި ޝިޕިންގ ލައިނަކީ އެ ދުވަސްވަރު މުޅި އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިނެވެ. 1958 ގައި ސަރުކާރުން ބައްލަވައިގަތް [މޯލްޑިވް ސްޓާރ] އިން ފަށައިގަނެ ނާޞިރުގެ ވެރިކަމުގައި 34 އާގުބޯޓު މި ކުންފުންޏަށް ހޯދިއެވެ.

އާދައިގެ [މާކޯނީ] ރޭޑިޔޯޓެލެފޯން ސެޓަކުން [މާލޭރޭޑިއޯ]ގެ ނަމުގައި ރޭޑިއޯގެ ޚިދުމަތް ވުޖޫދަށް އައީ 1962 ވަނަ އަހަރު ޑިސެމްބަރ މަހުގެ ތެރޭގައެވެ. [ސިނަކޯ ރޭޑިއޯ]، [އެމްއައިބީސީ]، [ރޭޑިއޯމޯލްޑިވްސް] ފަދަ ތަފާތު ނަން ނަމުގައި ތަރައްޤީވަމުން އައި، މިއަދުގެ [ދިވެހިރާއްޖޭގެ އަޑު] ގެ ބާނީއަކީ ވެސް ހަމަ ރައީސް ނާޞިރެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997)

ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ބަޔާންކުރައްވާ ގޮތުގައި ދިވެހިރާއްޖޭގައި ޓީވީގެ ޚިދުމަތް ފެއްޓެވުމުގެ ބާނީއަކީވެސް ރައީސް ނާޞިރެވެ. 1978 މާރޗް 29 ގައި އިފްތިތާޙުކުރެވުނު [ޓެލެވިޜަން މޯލްޑިވްސް] މާ ބޮޑަށް ކުރިއަރުވައި ނުލެއްވެނީސް ވެރިކަން ދޫކޮށްލައްވަން ނިންމެވީކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މުވާޞަލާތުގެ ކަންތައް ދާދި ފަހަކާ ޖެހެންދެން ބިނާވެފައި އޮތީ ދަތުރުފަތުރުގެ މައްޗަށް އެކަންޏެވެ. މިހެން މިކަން އޮއްވައި މާލެއާއި އަތޮޅުތަކާ ދެމެދު ރޭޑިއޯޓެލެޕޯންގެ ޚިދުމަތް ޤާއިމުކުރެވުނީ 21 ނޮވެމްބަރ 1962 ގައެވެ.

ރޭޑިއޯޓެލެފޯންގެ ޛަރީޢާއިން ދައްކާ ވާހަކަ ރޭޑިއޯއިން އަޑު އެހުމުގެ ފުރުޞަތު އޮންނާނެތީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި، ވަޔަރލެސް ޓެލެޕޯންގެ ޚިދުމަތް ޤައިމުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން [މޯސްކޯޑް] ކޯހެއް ހިންގަވައި އަތޮޅުތަކަށް ވައިރލެސް އޮޕަރޭޓަރުން ތަމްރީނުކޮށް އެ ކުދީންނަށް އަތޮޅު އޮފީސްތަކުން 1976 ގައި ވަޒީފާދެއްވި އެވެ.  މި ގޮތުން ވަޒީފާ ހަމަޖެހުނު ކުދީންގެ ތެރޭގައި މި ޤަލަމުގެ ވެރިޔާ ވެސް ހިމެނެއެވެ.

ޓެލެފޯންގެ ޛަރީޢާއިން ރާއްޖެއިން ބޭރާ ގުޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިއިނގިރޭސި ވިލާތުގެ ކޭބަލް  ވައިރލެސް ކުންފުނި މެދުވެރިކޮށް މި ޚިދުމަތް ޤާއިމުކުރީ 17 މެއި 1977 ގައެވެ. 

އިންޑިޔާ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 4 ފެބްރުއަރީ 1974 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ގެ ގޮތްޕެއް މާލޭގައި ހުޅުވުނެވެ. މިހާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އާ ޢިމާރާތް އެހުރި ތާނގައި މި ބޭންކް ހުޅުވުނުތާ މާ ގިނަ ދުވަހެއް ނުވަނީ ޙަބީބު ބޭންކް ލިމިޓެޑަށްވެސް ރާއްޖެއިން ޖާގަ ލިބިއްޖެއެވެ. މިއީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދިޔަ ޚިދުމަތެކެވެ.

ރައީސް ނާޞިރު ބޮޑުވަޒީރެއްގެ ގޮތުން ނާއި ރައީސުލްޖުމްހޫރިއްޔާގެ ގޮތުން ދިވެހި ޤައުމަށް ޚިދުމަތްކުރެއްވި ދުވަސްވަރު ކުރެއްވި ކަންކަން ވަރަށް ގިނައެވެ. އެ ހުރިހައި ކަމަކީ [ޚިދުމަތް] ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. މިސާލަކަށް [ދިވެހިބަސް އިންގިރޭސި(ލެޓިން) އަކުރުން] ލިޔުން މަޖްބޫރުކުރެއްވުމާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ މުޒާހަރާއެއް ބޭއްވުން ފަދަ ޙަރަކާތްތަކަކީ އެ މަނިކުފާނުގެ ދައުރުގައި ހިނގައިފައި ހުރި ކަންކަން ނަމަވެސް އެ ފަދަ [ޙަރަކާތް] ތަކަށް [ޚިދުމަތޭ] ކިޔަން އަޅުގަނޑަށް ފަސޭހައެއް ނޫނެވެ. އެއީ މި ދިރާސާ ފަށައިގަތުމުގައި އަޅުގަނޑު ގެނެސްދީފައިވާ މާނަކުރުމަށް ބަލާއިރު އެ މިންގަނޑަށް ނުފެތޭތީއެވެ. އަޅުގަނޑު ބަލައިލައިފައި މިވަނީ ރައީސް ނާޞިރު ކުރެއްވި ޚިދުމަތަކަށް ވާކަހަލަ ޚިދުމަތްތަކުގެ ތެރެއިން ވެސް މުހިއްމު ބައެއް ޚިދުމަތްތަކަށެވެ.

އިބްރާހީމް ނާޞިރު ވެރިކަމުގައި އެމަނިކުފާނާއި ވެސް ތަފާތު ސިޔާސީ ކަޅުވިލާތަކާއި ކުރިމަތި ވިއެވެ. އެގޮތުން 13 ޖޫން 1974 ގައި ހިގާދިޔަ ބޮޑު ބުރާސްފަތީގެ ހާދިސާ ފާހަގަ ކުރެވެއެވެ. އެދުވަހު ސަރުކާރާއި ދެކޮޅަށް ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ، ނުރުން ފާޅުކޮށް ހެދިއެވެ. އަދި އެއްވުމުގައި ސިފައިންގެ ދޮރުމައްޗަށް ބަޔަކު ގޮސް ހަޅޭލަވައި، ސިފައިންގެ ދޮރު ވައްޓާލައި ސިފައިންގެ އަށް ވަންނަން އުޅުނެވެ. މިއެއްވުން ރޫޅާލެވުނީ މައްޗަށް ބަނޑިޖަހައިގެންނެވެ. އެއަށްފަހު އިމަޖެންސީ ހިންގެވި އެވެ. ސިފައިންގެ ބެލުމުގެ ދަށަށް މާލެ ލައްވައިފި ކަމުގެ އިޢުލާނެއް އިވިގެން ދިޔައެވެ. ހަމަ ނުޖެހުމުގައި އިސްވި ހަރަކާތްތެރިވި މީހުންނާއި ވިޔަފާރި ވެރިން ވަގުތުން އޮޑިދޯނި ފަހަރުގައި ބ.ގޮއިދޫ އަށް ފޮނުވާލެއްވި އެވެ. ބޮޑެތި ކުށްވެރިން ބަންދުކުރީ ޖަލުގައެވެ. 
ދެވަނައަށް އައީ ކަޅު ބުރާސްފަތި އެވެ. އެއީ 6 މާރޗް 1975 އެވެ. އެދުވަހު އޭރުގެ ވަޒީރުލް އަޢުޒަމް އަހުމަދު ޒަކީ ދޫނިދޫގައި ބަންދުކުރެއްވި އެވެ. އަދި އަހުމަދުޒަކީ  ބޮޑު ވަޒީރު ކަމާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ކަމުގެ މަގާމުން 8 މާރޗް 1975 ގައި ވަކިކުރައްވައި ޏ. ފުވައްމުލަކަށް ފޮނުވާލެވުނެވެ. 

ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވީ މައުމޫނު އަބްދުލް ޤައްޔޫމްއެވެ. އޭރު މައުމޫނު އަބްދުލްޤައްޔޫމު ހުންނެވީ ޓްރާންސްޕޯރޓް މިނިސްޓްރުގެ މަޤާމުގައެވެ. އެމަނިކު ފާނު 10 އަހަރު ދުވަހު ރައީސްކަން ކުރެއްވުމަށްފަހު ރައްޔިތުން މަޖުލީހުން 3 ވަނަ ދައުރަކަށް ރައީސްކަމުގައި ހުންނަވަން ފެނިވަޑައިގަންނަވާކަމަށް ނިންމެވުމުން އެކަން ގަބޫލު ފުޅު ނުކުރައްވައި 7 ޑިސެމްބަރު 1978 ވީ ބުރާސްފަތި ދުވަހު އާޢިލާ އެކު ސިންގަޕޫރަށް ވަޑައިގަތީއެވެ. އެމަނިކުފާނު އަވަހާރަވަޑައިގެންނެވީ 22 ނޮވެމްބަރު 2008 ވަނަ އަހަރު ސިންގަޕޫރުގައެވެ. އެމަނިކުފާނު އަވަހާރުވީ އުމުރުން 82 އަހަރުގައެވެ




#Article 19: ބަރުމާ (333 words)


ބަރުމާ ނުވަތަ ޔޫނިއަން އޮފް މިޔަންމާއަކީ ދެކުނު އިރުމަތީ އޭޝިޔާގައި ބިމުގެ ގޮތުން ބަލާއިރު އޮތް އެންމެ ބޮޑު ޤައުމެވެ. 

ބަރުމާގެ ރަސްމީ ބަހަކީ ބަރމީޒް ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ ވެސް ބަރމީޒްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރަންގޫނެވެ. ވެރިކަން ކުރަނީ ނައިޕިޔިދާވްގައެވެ. 
މި ޤައުމަކީ ޢަސްކަރީ ޚުދުމުޚްތާރު ވެރިކަމެއް ހިނގަމުން އަންނަ ޤައުމެކެވެ.  އާބާދީއަކީ 50 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 24 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.67 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mm. އެވެ. ކޯލިން ކޯޑަކީ +95 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޔާތެވެ.

ބަރުމާ މި ނަމަކީ ބަރްމީޒް ބަހުގެ ‘ބަމަރު’ މި ބަހުން ނެގިފައިވާ ނަމެކެވެ. ނުވަތަ އޭގެ ކުރީގެ ގޮތަށް ބަލާއިރު ‘މްރަންމާ’ މި ނަމުންނެވެ. 
އިނގިރޭސީންގެ އިސްތިޢުމާރީ ވެރިކަމުގެ ދަށުގައި ބަރުމާ އޮތީއްސުރެ ވެސް އެ ޤައުމަށް އިނގިރޭސީން ކިޔަމުން އައީ ބަރުމާ މިނަމެވެ.
އެހެން ނަމަވެސް 1989 ގައި ޢަސްކަރީ ސަރުކާރުންވަނީ އެ ޤައުމުގެ ރަސްމީ ނަމަކީ މިޔަންމާ ކަމުގައި ހަމަޖައްސާފައެވެ. އެހެން ނަމަވެސް ބަރުމާގެ ބައިމަދު ނަސްލުތަކުގެ މީހުން މިކަން ޤަބޫލެއް ނުކުރެއެވެ. އެއީ މިޔަންމާއަކީ އެ ޤައުމުގެ ވަކި ނަސްލެއްގެ މީހުންނަށް ޚާއްޞަކޮށް ބޭނުންކުރެވުނު ނަމަކަށްވާތީއެވެ.

ބަރުމާގެ އިރު އުތުރުން އޮތީ ޗައިނާއެވެ. އިރުމަތީގައި އޮތީ ލާއޯސްއެވެ. އިރު ދެކުނުގައި އޮތީ ތައިލޭންޑެވެ. ހުޅަނގުގައި އޮތީ ބަންގާޅެވެ. ހުޅަނގުއުތުރުގައި އޮތީ އިންޑިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ ބޭ އޮފް ބެންގާލެވެ.
ބަރުމާއަކީ އަކަމިނަށް ބަލާއިރު 40 ވަނައަށް އެންމެ ބޮޑު ޤައުމެވެ.

އާކިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ބަރުމާއަކީ ވަރަށް ދުވަސްވެފައިވާ ސަރަޙައްދެކެވެ. 1044 ވަނަ އަހަރާއި 1287 ވަނަ އަހަރާ ދެމެދުގައި އޮތީ ބަގާން ނަމަކަށް ކިޔާ ވެރިކަމެކެވެ. 1287 ވަނަ އަހަރުން ފެށިގެން 1531 ވަނަ އަހަރާ ހަމަޔަށް ބަރުމާގައި ކުދިކުދި ރަސްކަންތަކެއް އުފެދިފައި އޮތެވެ.

މިއަދުގެ ބަރުމާ ނުވަތަ މިޔަންމާގެ ގޮތުގައި އޮތް ސަރަޙައްދަކީ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮތުމަށް ފަހުގައި މިނިވަންވެފައިވާ ސަރަޙައްދެކެވެ.
ފުރަތަމަ ބަރުމާ ހަނގުރާމައަށް ފަހުގައި އަވާ ރަސްކަމުގެ ފަރާތުން ވަނީ މަނިޕޫރާއި ތެނައްސަރީމާއި، އަރަކާން އިނގިރޭސީންނަށް ދޫކޮށްލާފައެވެ. ރަންގޫނާއި ދެކުނު ބަރުމާ “ބްރިޓިޝް އިންޑިޔާ” ގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1853 ގައެވެ. ބަރުމާގެ ހުރިހައި ހިސާބެއް “ބްރިޓިޝް އިންޑިޔާ” ގެ ދަށަށް ގޮސްފައިވަނީ 1886 ގައެވެ. މިއީ ތިންވަނަ ބަރުމާ ހަނގުރާމައަށް ފަހުގައެވެ.

އާބާދީގައި 50 މިލިޔަން މީހުން ތިބި ބަރުމާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 24 ވަނަ ޤައުމެވެ. 
ބަރުމާގެ އާބާދީގެ 68% އަކީ ބަމަރުންނެވެ. 10% އަކީ ޝާންއެވެ. 7% އަކީ ކަޔިން ނަސްލުގެ މީހުންނެވެ. 4% އަކީ ރަޚިން ނަސްލުގެ މީހުންނެވެ. 

ބަރުމާގެ ސަގާފަތަށް އަވަށްޓެރި ޤައުމުތަކުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ އިންޑިޔާ އާއި ޗައިނާގެ ނުފޫޒެވެ.
ބަރުމާގައި އޮންނަނީ ތޭރަވަދާ ބުދިޒަމްއެވެ. މީގެ ތެރެއަށްވަނީ އެ ޤައުމަށް ޚާއްޞަ އެތައް ކަމެއް ވެސް އެކުވެފައެވެ. 

ބަރުމާއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ނިކަމެތި އިޤްތިޞާދެއް އޮތް ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1156 ޑޮލަރެވެ.




#Article 20: މައުރިބު (356 words)


ކިންގްޑަމް އޮފް މޮރޮކޯ ނުވަތަ މަޣުރިބަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

މަޣުރިބުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން މަޣުރިބުގެ މީހުންނަށް ކިޔަނީ މޮރޮކަންސްއެވެ. މަޣުރިބުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަސަބްލަންކާއެވެ. މަޣުރިބުގެ ވެރިރަށަކީ ރަބާޠެވެ. މަޣުރިބަކީ ދުސްތޫރީ ރަސްކަމެކެވެ. 
ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 38 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ma. އެވެ. ކޯލިން ކޯޑަކީ +212 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮރޮކަން ދިރްހަމެވެ.

މަޣުރިބަށް ޢަރަބި ބަހުން ކިޔަނީ މަމްލަކަތުލް މަޣްރިބިއްޔާއެވެ. މީގެ މާނައަކީ ހުޅަނގުގެ ރަސްކަމެވެ. އަލްމަޣުރިބުގެ މާނައަކީ ހުޅަނގެވެ. ކުރިން ޢަރަބި ދަތުރުވެރިން މިތަނަށް ކިޔައި އުޅެނީ އަލްމަޣްރިބުލްއަޤްޞާ އެވެ. މީގެ މާނައަކީ އެންމެ ދުރުގައިވާ ހުޅަނގެވެ.
އަލްމަޣްރިބުލްއަޥްސަޠު އަކީ ޖަޒާއިރެވެ. މީގެ މާނައަކީ މެދު ހުޅަނގެވެ. އަލްމަޣްރިބުލް އަދްނާ އަކީ ތޫނިސްއެވެ. މީގެ މާނައަކީ ކައިރި ހުޅަނގެވެ.
އިނގިރޭސި ބަހުން މަޣްރިބަށް ކިޔާ ނަން ކަމުގައިވާ މޮރޮކޯގެ ނަން ނެގިފައިވަނީ މުރާކިޝް މިނަމުންނެވެ. ފާރިސީ ބަހުން މަޣުރިބަށް ކިޔަނީ މަރާކިޝްއެވެ. ތުރުކީން ކިޔަނީ ފާސްއެވެ. “މުރާކިޝް” މިބަހުގެ އަޞްލަކީ ބަރްބަރީ ބަހުން މި ބިމަށް ކިޔާފައިވާ ނަން ކަމުގައިވާ މުރްއާކުޝް މި ނަމުންނެވެ. 
މީގެ މާނައަކީ އިލާހު ގެ ބިމެވެ. ކުރީ ޒަމާނުގައި މަޣުރިބަށް މުރިޓާނިޔާއޭ ވެސް ކިޔާފައިވެއެވެ. އެއީ މިހާރު މި އޮންނަ މުރިޓާނިޔާއެއް ނޫނެވެ.

މަޣުރިބުގެ އިރުމަތީގައި އޮތީ ޖަޒާއިރެވެ. އުތުރުގައި އޮތީ ސްޕެއިނެވެ. ދެކުނުގައި އޮތީ ވެސްޓަރން ސަހަރާއެވެ.

މަޣުރިބުގެ ތާރީޚަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ 8000 އަހަރު ކުރީން ވެސް އެ ޤައުމުގެ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ.
ރޯމަނުންގެ ވެރިކަން ވެސް މަޣުރިބުގެ މައްޗަށް ހިނގާފައިވެއެވެ. އޭގެ ފަހުން އިރުމަތީގެ ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރގެ ވެރިކަން ވެސް ހިނގާފައިވެއެވެ. 
ދެން މަޣުރިބުގެ ތާރީޚުން ފެންނަން އޮތީ އިސްލާމީ ވެރިކަމުގެ ދުވަސްތަކެވެ. މީލާދީން ހަތްވަނަ ޤަރުނާ ހަމަޔަށް އައި އިރު މުސްލިމުންވަނީ އިސްލާމީ ދައުލަތް ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ. 
މީލާދީން 670 ވަނަ އަހަރުގައި މުސްލިމުންގެ ފާތިޙުން މަޣުރިބާ ހަމަޔަށް އައެވެ. އެއީ އުމަވީ ޚިލާފަތުގެ ތެރޭގައެވެ.
އިސްލާމް ދީން ގެނައީ ޢަރަބީން ކަމުގައިވާތީ، މުސްލިމުންނާއެކު ޢަރަބި ސަގާފަތްތައް ވެސް އެމީހުން ވަނީ ގެނެސްފައެވެ. 
ދުވަސްކޮޅަކުން މަޣުރިބުގައި ފެށުނީ އިދްރީސީންގެ ވެރިކަމެވެ. އެހެން ކަމުން ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތާއި އަންދަލުސްގައި އޮތް އުމަވީ ވެރިކަމުގެ ދަށުން މަޣުރިބު ނެއްޓިގެންދިޔައެވެ.
ފަހުން މަޣުރިބުގައި ވެސް އަންދަލުސްގައި ވެސް ވެރިކަންކުރީ ބަރްބަރީ ނަސްލަށް ނިސްބަތްވާ މުރާބިޠުންނެވެ.

މަޣުރިބަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެއީ މިޞްރާއި، ސޫދާނާއި ޖަޒާއިރަށް ފަހުގައެވެ. މަޣުރިބުގެ އާބާދީގެ 60% އަކީ ބަރުބަރީންނެވެ. ބަރްބަރީން މި ބިމުގައި އުޅެމުންދާތާ 5000 އަހަރުވަނީ ވެފައެވެ. 
ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި އެފްރިކާގެ ބަންޓޫ ދަރިކޮޅުގެ މީހުންނަށްވުރެ އުތުރު އެފްރިކާގެ މީހުންނާ ގާތީ އިބޭރިޔާ ނުވަތަ ޔޫރަޕުގެ އިސްޕެއިން ހިސާބު މީހުންނާއެވެ. 

މަޣުރިބަކީ ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާ ތަނަކަށްވުމާއެކު މުއްސަނދި ސަގާފަތަކާއި ޙަޟާރަތެއް އޮތް ތަނެކެވެ. 

މަޣުރިބުގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އިޤްތިޞާދެކެވެ. މަޣުރިބުގެ އިޤްތިޞާދު ހިނގަމުން ދަނީ “ލޯ އޮފް ޑިމާންޑް އެންޑް ސަޕްލައި” މި ޤާނޫނުގެ ދަށުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4362 ޑޮލަރެވެ.




#Article 21: ޱަވިޔަނި (544 words)


ޱަވިޔަނި، /ޱ/ މިއަޑަކީ، ހަރުތަލީގެ އަޑެކެވެ. އިނގިރޭސި ބަހުން މިއަކުރުގެ އަޑަށް ކިޔާނަމަކީ Retroflex /n/، އެވެ. އެމް.ވީ އީމާން އެކްސްޕީ ފޮންޓުގެ އައު ވަރޝަން އެޅުއްވުމުން ޱަވިޔަނި ފެނިވަޑައިގަންނަވާނެއެވެ. މި ފޮންޓް ޑައުންލޯޑު ކުރެއްވުމަށް www.mahlkot.com/fonts/Mv Eamaan XP.ttf އަށް ޒިޔާރަތްކުރައްވާށެވެ.

ސިފަތަކުގެ ތެރޭގައި ހިމެނެނީ ބާރު، ލުއި، މެދު، މިއަޑުތަކެވެ. އަދި ނޯށުއަޑާއި އިދިފުށުއަޑެވެ. މިއަޑުގެ އަސްލަކީ /ނ/ އެވެ. /ނ/ ނެރުމުގައި ދުލަށް ރެފްލެކްސް ކުރުމުން މިއަޑު ނުކުންނާނެއެވެ. އޭރު ދުލުކުރީކޮޅު ކައިރިން، (Tip of the tongue) ނުފުށް (އިދިފުށް) ޖެހޭނީ ހަރުތަލީގެ ކުރީކޮޅުގައި، އެތަނުން ވައިފޭދިގެން ނުދާ ވަރަށެވެ. އެވަގުތު ކުޑަދޫ އޮންނަނީ ތިރިއަށް ވެއްޓިފައެވެ. އެހެންކަމުން ނޯށުގެ މަގު ބަންދު ނުވާތީވެ، ރާރާއަށް އަންނަ ވައި، ރާރާއަށް ހަރަކާތް ދިނުމާއެކު އިތުރު ރާޅުތަކެއް އެއަށް ލިބިގަންނަމުން ނޯށުން ނިކުމެގެން ދެއެވެ. 

މިއަޑު ދިވެހި (މަހަލް) ބަހުގެ ދެކުނު ބަހުރުވަ ތަކުގައި ހާއްސަ ގޮތެއްގައި ބޭނުން ކުރެވެއެވެ. އެމީހުން މިއަޑު ބޭނުން ކުރަނީ ވަކި ބިނާ (Phoneme) އެއްގެ ގޮތުގައެވެ. މިގޮތުން މިއަޑަށް ޓަކައި ހާއްސަ އަކުރެއް ގަބުޅި ތާނައިގެ ތެރޭގައި ވެސް އޮތެވެ. އަދި ހަމަ އެހެންމެ މިއަދުގެ ތާނައިގައި ވެސް މިއަކުރު އެބައޮތެވެ. މި އަކުރުގެ HTML Unicode އަކީ (1969) އެވެ. ހަގީގަތުގައި ޱަވިޔަންޏަކީ ތާނައިގެ 16 ވަނަ އަކުރެވެ. އެހެނީ ތާނަ އަކުރުގެ ދެވަނަ ނުވަ އަކުރު ހެދިފައިވަނީ ދިވެހި ވިޔަ އަކުރުގެ ނުވައަކުރުން ކަމަށް ވާއިރު ޱަވިޔަންޏަކީ ދިވެހި ވިޔައިގެ 7 ވަނަ އަކުރެވެ. ކުރީގެ ތާނަ ލިޔުންތަކުގެ ތެރެއިން މިއަކުރު ވަރަށް ގިނައިން ފެނެއެވެ. ރާދަވަޅި ކަހަލަ ރަސްމީ ލިޔުންތަކުގައި ވެސް ޱަވިޔަނި ބޭނުން ކުރެވިފައި އެބަހުއްޓެވެ. މިސާލަކަށް: ރާދަވަޅީގައި މަނިކުފާނު ލިޔެވިފައިވަނީ މަޱިކުފާނު މިގޮތަށެވެ. ހަގީގަތުގައި ޱަވިޔަނި ދިވެހި ބަހުގެ ހުރިހާ ބަހުރުވައެއްގައި ވެސް އާއްމު އަޑެއްގެ ގޮތުގައި މިހާރުވެސް ބޭނުން ކުރެވެއެވެ. އެއީ އަބިނާއެއްގެ ގޮތުގައެވެ. އެމީހުންގެ ތެރޭގައި /ނ/ ގެ ދެއަޑު އޮންނަނީއެވެ. އެއީ /ނ/ އާއި އޭގެ އިދިފުށު /ނ/ އެވެ. ގިނައިން މިއަޑު ބޭނުން ކުރަނީ އުތުރުގެ ބަހުރުވަ ތަކުގައެވެ. ހާއްސަ ގޮތެއްގައި މަލިކު ބަހުރުވައިގައެވެ. ނުވަތަ މަހަލް ބަހުގައެވެ. ރަސްމީ ދިވެހި ބަހުރުވާގައި ވެސް މަދު ނޫން ގޮތަކަށް މިއަޑު ބޭނުން ކުރެވެއެވެ. އެކިމީހުން މިއަޑު އަދާކުރުމުގައި ތަފާތުކުރެއެވެ. އަނެއް ބައި މީހުން /ނ/ ބޭނުން ކުރަން ޖެހޭ ތަންތަނުގައި ވެސް /ޱ/ ބޭނުން ކުރާލެއް މަދެއް ނޫނެވެ. އަދި އުތުރުގެ ގިނަ ބަހުރުވަ ތަކުގައި މިދެއަޑު ބޭނުން ކުރުމުގައި ވަކި ދެބިނާއަކަށް ނުވާތީ މިދެއަޑަކަށް ވަކި ގަވައިދެއް ނޯވެއެވެ. ހަގީގަތަކީ ބަދަލުވާ އަކުރަކީ /ޏ/ ކަމަށް ވެއްޖިއްޔާ އަކުރުގެ އަސްލު /ނ/ ކަމުގައި ވުމެވެ. ބަދަލުނުވެ އަސްލުގެ ގޮތުގައި އޮންނަ ނަމަ އަކުރުގެ އަސްލަކީ /ޱ/ ކަމުގައި ވުމެވެ. އުތުރުގެ ގިނަ ބަހުރުވަތަކުގައި ނޫނުގެ މިދެއަޑަށް ގަވައިދެއް ނޯންނާތީ އެމީހަކަށް ފަސޭހަ ތަނެއްގައި އެއިރަކަށް ފަސޭހަ އަޑެއް ބޭނުން ކުރަނީއެވެ. ބައެއް މީހުންނަށް މިއީ ދެއަޑު ކަމުގައި އިހްސާސްވެސް ނުވާ ކަމަށް ވެއެވެ. އަހަރެން ނުބުނަމެވެ. މި ބަހުގައި މިއޮތް ފުރަތަމަ /ނ/ އަކީ އެންމެން ވެސް ބޭނުން ކުރާ /ނ/ އެކެވެ. އަދި ދެވަނަ /ނ/ އަކީ ރަސްމީ ބަހުރުވައިގައި /ނ/ އެއް ކަމުގައި ވިޔަސް ބައެއް މީހުން /ޱ/ ގެ އަޑުން ވެސް އެއަޑު އަދާކުރެއެވެ. އަދި ތިންވަނަ /ނ/ އެންމެން ވެސް ބޭނުން ކުރަނީ ހަގީގަތުގައި /ޱ/ ގެ އަޑުންނެވެ. މިހާރުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އައްޑޫ ބަހުރުވައިގެ ނުވަތަ ދެކުނު ބަހުރުވަތަކުގެ އަޑެކެވެ. އޭގެ ނަތީޖާއަކަށްވީ ބޯދާ ޒަމާނުއްސުރެ ދިވެހި ބަހުގައި އޮތް އަމިއްލަ އަޑުގެ ބިނާއެއް ކަމުގައިވާ /ޱ/ މިއީ މިހާރު ދިވެހި ބަހުގައި ގަބޫލު ކުރެވޭ އަކުރަކަށް ނުވުމެވެ. މިހެން ވުމުގެ ސަބަބުން Unicode ގައި މިއަކުރު ހިމެނިފައި ވިޔަސް ކޮންޕީޓަރުގައި ބޭނުން ކުރާ ތާނައިގެ ސިފަ (Font) ތަކުގެ ތެރެއިން ޔުނިކޯޑު އެއްވެސް ފޮންޓެއްގައި މިއަކުރު ހިމަނާފައެއް ނުވެއެވެ. އެކްސެންޓުގައި ބޭނުން ކުރި ބައެއް ސިފަ ތަކުގައި މިއަކުރު އޮތެވެ. މައްޝޫރު ދިވެހި ތާނައިގެ ކޮންޕީޓަރު ސިފަ، ފަރުމާ ފޮންޓުގައި ވެސް މިއަކުރު ހިމަނާފައެއް ނުވެއެވެ. މިއީ ބަހަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. މިއަކުރަށް މިހާރު ކިޔައި އުޅެނީ އައްޑޫ ބަހުރުވައިގައި އޮންނަ /ޱ/ އެވެ. ތެދުތެދަށް ދަންނަވަނީ ނަމަ، މިއީ ވަކި ބަހުރުވައަކާ ބެހޭ އަކުރެއް ނޫނެވެ. މިއަކުރާ މެދު ދިރާސާ ކޮށްފިނަމަ ކޮންމެ ބޭފުޅަކަށް ވެސް މިއީ ހަމަ މައް ދިވެހި އަޑެއް ކަމާއި ދިވެހި ތާނައާއި ކުރީން ބޭނުން ކުރި ދިވެސް އަކުރާއި އެވޭލާ އަކުރު ގައިވެސް އޮތް އަކުރެއްކަން އެނގިވަޑައި ގަންނަ ވާނެއެވެ. ތާނަ އަލިފުބާގެ ތަރުތީބު ބައްލަވާލައްވާށެވެ. އަދި މިއަކުރަނީ ވަކި ހާއްސަ އައްޑޫ އަޑެއް ނޫންކަން ދޭހަވާ އަނެއް ސަބަބަކީ އައްޑޫ ބަހުރުވައަކީ އެއް އިރެއްގައި ވެސް ލިޔެކިޔުމަށް ބޭނުން ކުރި ބަހުރުވައެއް ކަމުގައި ނުވާއިރު ވަކި މިއަޑަށް އެކަނި ހާއްސަ ރަމްޒެއް އޮންނާކަށް ނުޖެހެއެވެ. މިއީ ވެސް މިއީ ހަމަ މައް ދިވެހި އަޑެއް ކަމުގެ ހެއްކެކެވެ. އުއްމީދު ކުރެވެނީ އުޱި ގަސް އެއީ އުނި ގަހެއް ނޫން ކަން ދިވެހީން ގަބޫލުކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. ފުރާނައަށް ވެސް އަލުން ފުރާޱަ އެޅޭނެ ކަމަށެވެ.




#Article 22: އަދަބިއްޔާތު (163 words)


މައްޝޫރު އުސްތާޒުލް ޖީލް އަދި ބަހަށް އަރައިހުންނެވި އަދީބު، ބަހުގެ އެދުރުންނާ ހަވާލާ ދެއްވައި ބަޔާން ކުރައްވާ ގޮތުގައި އަދަބިއްޔާތަކީ، މީހާ ކުރާ ކުށްތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނި ގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް މެދުވެރި ކުރާ ކަންތަކެވެ. 

އިލްމަކަށް ކިޔޭ ނަމެއްގެ ގޮތުގައި މިބަހުގެ މާނަކުރައްވަނީ، ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް އަމުނައިލެވިފައި ހުންނަ ޅެން ބަހުރުވައާއި އަމުނައިލުމެއް ނެތި އުކައިލެވިފައި ހުންނަ ލިޔާ ބަހުރުވައިގެ ބަސްތަކަށެވެ. އަދި އެތަކެތި ޝަރަހަކޮށް ބަޔާން ކުރުމަށްޓަކައި ބޭނުން ކުރެވޭ މައުލޫމާތު ތަކަށެވެ. އަދި އެތަކެއްޗާމެދު ފާޑު ކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި ލިޔުންތަކަށެވެ. އެފަދަ ތަކެއްޗަކީ، ކިޔާ މީހާއާއި އަހާމީހާގެ ހިތަށް އުފަލެއް ނުވަތަ ހިތާމައެއް ނުވަތަ އެހެންވެސް ފުން ޝޫރެއް ވައްދައިދޭފަދަ ޅެން ބަހުރުވައާއި ލިޔާ ބަހުރުވަ ތަކެވެ. ބަސް މޮށުންތެރީންގެ އަގުހުރި ހުތުބާ ތަކާއި ތަގުރީރު ތަކެވެ. މަޒުމޫނު ތަކާއި ލިޔުންތަކެވެ. ރީތި ވާހަކަ ތަކެވެ. މިއިން ކޮންމެ އެއްޗަކީ ވެސް އަދަބެވެ.

އަދަބުގެ އިލްމު ލިބިގަތުމަށް ޓަކައި ފިކުރު ކުރަން އެނގޭ ހިތަކާއި، ފައުޅުކޮށް ބަޔާން ކުރަން އެނގޭ ދުލަކާއި، ސިފަކޮށް ދެއްކޭފަދަ ބަސްމަގެއް ބޭނުން ވެއެވެ. އަދަބުގެ އިލްމުގެ ތެރެއަށް ވަންނަ މީހުން މިކަން ހަނދާން ކުރާން ޖެހެއެވެ.

ދިވެހި އަދަބިއްޔާތު ބެހިގެންވަނީ މައިގަނޑު ދެ ބަޔަށެވެ. އެއީ ލިޔުންތެރިކަމާއި ޅެންވެރިކަމެވެ.

ޅެންވެރިކަމުގައި ހިމެނެނީ 7 ބައެވެ. ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ އަދި ލަވަ އެވެ. ނުވަތަ ބޮކި ފުރާޅު އަލި އެވެ.




#Article 23: އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނު (160 words)


އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނަކީ ހިޖުރައިން 12 ވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރި ޅެންވެރިއެކެވެ. މީނާގެ ހިދުމަތަކަށް ފެންނާން އޮތީ ބޮޑު ތާހީދޭ ކިޔާ ރައިވަރު ފޮތެކެވެ.

މިފޮތުގައި ވަނީ، އިސްލާންދީނުގެ އަގީދާތަކާއި ހެޔޮ ނަސޭހަތްތަކުގެ ވާހަކައެވެ. ނަބީންނާއި ސަހާބީންގެ ވާހަކައެވެ. އާހިރަތްދުވަހުގެ ވާހަކައާއި އަޒާބާއި ސަވާބުގެ ވާހަކައެވެ. 

މިވާހަކަތައް އެކުލަވާލައްވާފައިވަނީ، އޭރު އާންމުކޮށް ބޭނުންކޮށް އުޅުނު ޅެމުގެ ބާވަތެއް ކަމުގައިވާ ރައިވަރުންނެވެ. މިފޮތުގައި 300 އެތައް ރައިވަރެއް އޮވެއެވެ. މިފޮތް ލިޔުއްވާފައިވަނީ 1150 ހ. ގައެވެ.

އެދުރު އުމަރު މާފަތްކަލޭގެފާނާ މެދު، އަދި އެހެން ކަނަކުން ބަލާލަން ޖެހެއެވެ. 

އިހުގެ ރައިވަރުތައް ހުންނަނީ، ބަސްތަކުގެ އަދަދަކަށް ކާފިޔާ ހަމަ ކުރުމަކަށް މާބޮޑު ބެލުމެއް ނެތިއެވެ. މިހެން މިކަން އޮއްވައި ވަކި ގަވައިދު ތަކެއް ހިފަހައްޓަވައިގެން ތިންބަސް ރައިވަރާ ހަބަސް ރައިވަރުގެ މައްޗަށް ރައިވަރުތައް އެންމެ ފުރަތަމަ ހަމަޖެއްސެވި ކަމަށް ބުނެވެނީ މީނާއެވެ.

އިރިއިރިވެ އިރުންވާ  |    ދިރިނުތިބެމަސްކަނޑު ދުވާ |
ހިރިއުފުލި ކަނދުވަތަށްދާ  | ނިރިގަހު ވަތަށް ކުރިފަޅާ |
މިރިނުވެ ގޮބޮޅި ކާށިވާ  |  ފިރި އަންހެނުން ވަރިކުރާ |
ތިރިފަތި ކަނާވެގެންޔޭމި  |  ދިރިއުޅެނީ ދުނިޔޭމި

ނޭފަ ގޮވަތޭ ކަބަހުސި  |   އޭވަލަށާ ނުގެއްލަނި |
ކޭ މަޑު ފަޅޯ ވިޔާ ޑާޑި  |  ޔޭ ދުނިލާން ސުގަ ޑާޑި

އިއްތީ އަރައެ އަސްމަތީ    |    ދުންމީރުވަސް ގައިންފިލާ

އޭވަޒީރާ މަގޭ ކުޑަ      |     ލާބަ ނިޔަތެއް ބައްޕަ މުއްމި

އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނުގެ ބޮޑުތާހީދު އަދި ޗާޕުކުރެވިފައެއް ނުވެއެވެ.




#Article 24: މަލިކު (708 words)


މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ 2 ވަނަ އަށް އެންމެ ބޮޑު ރަށެވެ. މި ރަށް އޮތީ ދިވެހިރާއްޖެ އަށް ވުރެ އުތުރުގައެވެ. އިނގިރޭސި ބަހުން މިރަށަށް ކިޔަނީ Minicoy އެވެ. މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ. އިދާރީ ގޮތުން މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޓެރިޓަރީގެ ދަށުން ހިނގާ ރަށެކެވެ. 

މަލިކު އަތޮޅު (Maliku Atoll) ނުވަތަ މިނިކޮއި އަތޮޅު (Minicoy Atoll) އަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެކެވެ. އެ ޖަޒީރާ އޮންނަނީ، ލަކްޝަދުވީޕު އިއްތިޙާދު ޓެރިޓަރީ (Union Territory of Lakshadweep) ގެ ދެކުނުގަ އެވެ. ލަކްޝަދްވީޕަކީ އިންޑިއާގެ ބަޔެކެވެ. މަލިކު އޮންނަނީ، (Kalpeni) ގެ ހުޅަނގު ދެކުނުން 201 ކިލޯމީޓަރ ދުރުގަ އެވެ. އަދި ދިވެހިރާއްޖޭގެ ތުރާކުނު (Thuraakunu) ގެ އުތުރުން 125 ކިލޯމީޓަރު ދުރުގަ އެވެ. މަލިކު އަތޮޅުގެ ދިގުމިނަކީ، 10 ކިލޯމީޓަރެވެ. އެ އަތޮޅުގެ އެންމެ ފުޅާ ހިސާބުގައި ހުންނަނީ، 6 ކިލޯމީޓަރެވެ. ޖޯގްރަފީގެ ގޮތުން ބަލާއިރު، އެއީ، އިންވެސްޓިގޭޓަރ ބޭންކް (Investigator Bank) ފަދަ އަތޮޅެކެވެ. 
 

މަލިކު އަތޮޅުގައި އޮންނަނީ އެންމެ ދެ ޖަޒީރާ އެވެ. އެއީ، މަލިކު ޖަޒީރާ އާއި، ވިރިނގިލި ޖަޒީރާ އެވެ.

މަލިކު (Maliku) ޖަޒީރާ އަށް މިނިކޮއި (Minicoy) ޖަޒީރާ ވެސް ކިޔެ އެވެ. މަލިކު އަތޮޅުގައި މީހުން ވަޒަންވެރިވެ، ރަށްވެހިވެގެން ދިރިއުޅެނީ އެ ރަށުގަ އެވެ. އެ ރަށް އޮންނަނީ، އަތޮޅުގެ އިރު ދެކުނު ފަރާތު ގެ ފަރާ އިންވެގެންނެވެ. މި ޖަޒީރާގެ އުތުރުކޮޅުން ދެކުނު ކޮޅަށް 10 ކިލޯމީޓަރ ހުރެ އެވެ. މި ޖަޒީރާގެ ދެކުނު ބައިގެ ފުޅާމިނުގައި ހުންނަނީ 1 ކިލޯމީޓަރެވެ. އުތުރު ކޮޅުގެ ފުޅާމިން ހުންނަނީ، އެކި ތަންތަނުގައި އެކިވަރަށެވެ. މައިގަނޑު ގޮތެއްގައި 100 މީޓަރަށްވުރެ ކުޑަ އެވެ.

މަލިކުގައި އެންމެ ގިނައިން ހެދެނީ، ދިވެހިރުކެވެ. އެ ޖަޒީރާގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ލޭންޑްމާކް (Landmarks) އަކީ، އުސް ލައިޓްހައުސް (Tall lighthouse) އެކެވެ. ވިހިވަނަ ޤަރުނުގެ މެދުތެރެއާ ހަމައަށް، މަލިކަށް ދަތުރުކުރުކޮށް އުޅުނު ހުވަދޫ މީހުން އެއަށް ކިޔާފައިވަނީ، މަލިކު ބައްތިޔާ އެވެ.

ލަކްޝަދީބު އިއްތިޙާދު ޓެރިޓަރީ (Union Territory of Lakshadweep) ގެ އަހުލުވެރިން ވާހަކަދައްކާ ބަހާ، މަލިކު މީހުން ވާހަކަދައްކާ ބަސް ތަފާތެވެ. އެހެނީ، މަލިކު މީހުން ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. މަލިކު މީހުން ދިވެހި ބަހަށް ކިޔަނީ، މަހަލް (Mahl) އެވެ. މަހަލް ގެ އަޞްލަކީ، ޢަރަބި ބަހުގެ މަޙައްލު (محل) ކަމަށް ބެލެވެ އެވެ. މަޙައްލު ގެ މާނައަކީ، ތަނެވެ. އެހެންވީމާ، އެއިން މާނަކުރެވެނީ، ތަނުގެ ބަސް ކަމަށް ބުނާފަދަ އެވެ. ދިވެހިރާއްޖެ އަށް ކުރިން ކިޔަނީ މަޙައްލު ދީބު (محل ديب) އެވެ. ދިވެހިން ކިޔައިއުޅުނީ، މަޙަލްދީބު އެވެ. މަލިކާ ދިވެހިރާއްޖެއާ ދެމެދުގައި ވަރަށްގިނަ ސަގާފީ ގުޅުންތައް ވެ އެވެ.

މަލިކު އަތޮޅުގައި ހިމެނޭ އަނެއް ޖަޒީރާއަކީ، ވިރިނގިލި (Viringili) އެވެ. އެރަށް އޮންނަނީ، އަތޮޅުގެ ފަރުގެ ހުޅަނގު ދެކުނު ފަރާ އިންވެގެންނެވެ. އެ ރަށުގެ ދިގުމިނުގައި 200 މީޓަރު ހަމަވަނީ ކިރިޔަކިރިޔާ އެވެ. ދިވެހި ރާއްޖޭގައި މިނަން (Viringili) ކިޔާ އެއްރަށަށްވުރެ ގިނަ ރަށް އޮންނަކަން ފާހަގަކޮށްލަން ޖެހެ އެވެ. ނަމަވެސް ނަމަށް ކުޑަ ބަދަލެއް ގެނެވިފައިވެ އެވެ. އެއީ، ރ ގެ ބަދަލުގައި ލ ބޭނުންކޮށްގެން ދިވެހިން ކިޔަނީ، ވިލިނގިލި (Villingili) އެވެ. ނަމަވެސް މި ނަމުގެ އަޞްލު ވަރަށް ފަހަކާ ޖެހެންދެން ވެސް، ދިވެހިރާއްޖޭގެ ހުވަދޫ ބަހުގައި އޮތެވެ. ހުވަދު އަތޮޅުގައި ވިލިނގިލި ނަމަކަށް ކިޔާ ރަށެއް ވެ އެވެ. އެއަތޮޅު ބައެއް ރަށްރަށު މީހުން، އެމީހުންގެ އަމިއްލަ ބަހުން އެރަށަށް ވިރިގިއްލާ އެވެ، ކިޔައިއުޅުނެވެ. ހުވަދޫ ބަހުން މިނަން ކިޔާއިރު، ލާމާއި ގާފާ ދެމެދުގައި ހުސްނޫނެއް ނޯވެ އެވެ. ބަސް ބަދަލުވާ ހަމަތަކުގެ މަތިން ވިރިގިއްލާ މާލޭ ބަހަށް ބަދަލުވާއިރު އޮންނާނީ، ވިރިނގިލި، މިހެންނެވެ. ކުރިން އިޝާރާތްކުރި ފަދައިން، މަލިކު އަތޮޅުގައި އޮންނަ ވިރިނގިލީ ގައި މީހުން ދިރިއެއް ނޫޅެ އެވެ. އެއީ ފަޅުރަށެކެވެ. ނަމަވެސް، ލެޕްރެސީ ބަލި ޖެހޭ މީހުން (Lepers) ކުރިން އެރަށަށް ފޮނުވާލެވެ އެވެ. އެރަށުގައި އެމީހުން ދިރިއުޅެފައިވަނީ، ވަރަށް ދަތި ޙާލުގަ އެވެ.

މަލިކު ކަނޑެވެ، ކިޔަނީ، މަލިކާއި ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅާ ދެމެދުގައިވާ ކަނޑަށެވެ. ބައެއް ޗާޓްތަކުގައި އެކަނޑަށް ކިޔާފައިވަނީ، އެއިޓް ޑިގްރީ ކެނަލް (Eight Degree Channel) އެވެ. މިނޫން ނަންތައް ވެސް އެ ކަނޑަށް ކިޔާފައިވެ އެވެ. އެއިން އެއް ނަމަކީ، އަޑިގިރި ކަނޑު (Addigiri Kandu) އެވެ. އަނެއް ނަމަކީ، މާމަލޭ ކަނޑު (Mamale Kandu) އެވެ. ފަރަންސޭސި ޗާޓުތަކުގައި އެކަނޑަށް ކިޔާފައިވަނީ، (Courant de Malicut) އެވެ.

މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާޢީ ޙާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފަ އެވެ. މީލާދީ ސަނަތުން 16 ވަނަ ޤަރުނުގެ މެދުތެރެއަށްވުރެ ކުރީގައި މަލިކު އަތޮޅު ތަމްސީލުކުރަނީ، ދިވެހިރާއްޖޭގެ އެންމެ އުތުރު ކޮޅުގެ ސަރަޙައްދެވެ. މިހާރު މަލިކު އަތޮޅު އޮންނަނީ އިދާރީ ގޮތުން އިންޑިއާގެ ލަކްޝަދުވީޕުގެ ދަށުގަ އެވެ. ދިވެހިރާއްޖެއިން ވަކިވެގެން އިންޑިއާގެ ދަށަށް ދިޔައީ މަލިކު މީހުން އަމިއްލައަށެވެ. އެމީހުން އެގޮތް ބޭނުންވީ، ދިވެހިރާއްޖެއިން އެމީހުންނަށް ކުރިމަތިވަމުންދިޔަ ބައެއް ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެވެ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރަސްމީ ގޮތުން ކަނޑައެޅި އެކަމުގެ މުޢާހަދާއަށް އެއްބަސްވެވުނީ، 1976 ވަނަ އަހަރުގެ ޑިސެމްބަރ މަހުގަ އެވެ. އެ މުޢާހަދާގައިވާ ގޮތުން މަލިކު ގޮސްފައިވަނީ، އިންޑިއާގެ ސަރަޙައްދަށެވެ. އެހެންކަމުން މިހާރު މަލިކު ހޯދަން ދިވެހިން ދަޢުވާކުރާނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ކުރީގެ މިނިސްޓަރ އޮފް އެޓޯލްސް، ޢަބްދު ﷲ ޙަމީދު ވަނީ، މަލިކަކީ، ދިވެހިރާއްޖޭގެ ބައެއް ކަމަށް ބުނެފަ އެވެ. އޭނާ އެކަން އިޢުލާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، 26 ޖުލައި 1982 ވަނަ އަހަރު ވާހަކަދައްކަމުންނެވެ. އޭނާއަކީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ އެއްބަފާ އަޚެކެވެ.

ކޮންމެއަކަސް، ޙަމީދު ދެއްކި ވާހަކައިގެ ސަބަބުން އިންޑިއާ އާއި، ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީ މައްސަލައެއް އުފެދުނެވެ. އެމައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސް މައުމޫނު، އޭނާގެ ކޮއްކޮ ޙަމީދުގެ ވާހަކަ ތަރުޖަމާކުރަން މަޖުބޫރުވި އެވެ. މައުމޫނު ތަރުޖަމާކުރި ގޮތުގައި، އޭނާގެ ކޮއްކޮ ޙަމީދުގެ މަޤުޞަދަކީ، ދިވެހިރާއްޖެއާއި މަލިކާ ދެމެދުގައި، ބަހާއި، ސަގާފަތާއި، ދީނުގެ ގޮތުން ގުޅުންތަކެއް ވާކަމެވެ. މަލިކު ހޯދުމަށްޓަކައި ދަޢުވާއެއް އުފުލާކަށް ދިވެހިރާއްޖެއަކުން ނޫޅޭނެ އެވެ. ރައީސް މައުމޫނުގެ މި ތަރުޖަމާއިން އެ މައްސަލަ ނިމުމަކަށް އަޔެވެ.

އިދާރީ ނަން: މިނިކޮއި (Minicoy)
އަތޮޅުގެ ނަން: މަލިކު އަތޮޅު (Maliku Atoll)
އޮންނަ ތަން: އިންޑިއާ ކަނޑު
އާބާދީ: 9495
ރަށްތަކުގެ ޢަދަދު: 2
މީހުން ދިރިއުޅޭ ރަށްތަކުގެ ޢަދަދު: 1 (މަލިކު - Maliku)
ފަޅުރަށްތަކުގެ ޢަދަދު: 1 (ވިރިނގިލި Viringili ނުވަތަ ވިލިނގިލި Villingili)
 
 
 
 

 
 

 
 




#Article 25: އަހުމަދު ޝަފީގު އިބްރާހީމް މޫސާ (446 words)


Ahmed Shafeeq Ibrahim Moosa (Dhivehi: #1927;#1958;#1920;#1968;#1929;#1958;#1931;#1962; #1949;#1958;#1930;#1961;#1934;#1968; #1927;#1960;#1924;#1968;#1923;#1959;#1920;#1960;#1929;#1968; #1929;#1963;#1936;#1959;) (b. November 4, 1968),  commonly known as Ahmed Moosa  or  sappé, is a member of the Maldivian Democratic Party's general council. He is a  widely  outspoken critic of the current Maldivian government and the president Maumoon Abdul Gayyoom. Moosa is currently living in self-proclaimed exile in the United Kingdom with his family.

Moosa was born in Malé, Maldives. He married to Miranda Moosa in 1993, with whom  he had three sons. In 2002 they had a divorce.  Later that year he married Fathimath Moosa, with whom he had a son and a daughter.

Before his political career began, Moosa filled several government and private company posts.  He also managed and ran his own businesses. In March 1999 he founded A Company Private  Limited. This company was mainly involved in consultancy work in engineering, web design,  printing  publishing, composition of business and marketing proposals and reports and many  more.

Moosa completed his secondarys education at Malé English School, Malé. In 1990 he  acquired General Certificate of Education grade A, from  Asmai Secondary School,  Kuwait. On July 13, 1995 he graduated from University of Glasgow with Bachelor  of Engineering with Honours in Mechanical Engineering. Two years later, in 1997, he  graduated at University of Birmingham acquiring Master of Philosophy (Engineering) in  Metallurgy and Materials.

In september 19, 2003, Evan Naseem who was serving at Maafushi jail was severely  beaten up and ultimately paid with his life; end result of a series of complicated disputes  between inmates. News broke out the following day and there was a civil unrest in the capital  city of the Maldives, Malé. International media, namely BBC, covered this unusual  event. Moosa gave an interview to BBC on the following month and left Maldives, on October 15, 2003, to United Kingdom. The interview,  however, was aired on October 17, 2003. He claims that he left the country because he  believes he would be in danger if remained in Maldives. I have already left the country  fearing the worst said sappé in a written statement published on his website.

He joined Maldivian Democratic Party on November 10, 2003, soon after its  official announcement and currently is a member of its general council. However, he does not  get involved with day to day operations of the party for two reasons. That is; MDP's major  operations are carried out in Sri Lanka and he operates his own website DhivehiObserver,  which is his major line of connection with the Maldivian public.

After his initial interview to BBC (October 2003), he gave several other interviews on  different occasions. They appeared to have exerted pressure on Maldivian government and were  usually responded.




#Article 26: ފަރަންސޭސިވިލާތް (379 words)


ފްރެންޗް ރިޕަބްލިކް ނުވަތަ ފްރާންސަކީ ހުޅަނގު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. މީގެ އިތުރުން ފަރަންސޭސީންގެ ދަށުގައި އޮންނަ އޯވަސީސް އައިލެންޑްސްތަކާއި ޓެރިޓަރީތައް އެހެން ބައްރުތަކުގައި ވެސް އެބަހުއްޓެވެ.
ފަރަންސޭސިވިލާތަކީ ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރާ ޤައުުމެވެ. މި ގޮތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 82 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާ ކަމުގައިވެއެވެ.

ފަރަންސޭސިވިލާތުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ.
އެންމެ ބޮޑު ޝަހަރަކީ ޕެރިހެވެ. ވެރިކަން ކުރަނީ ވެސް ޕެރިހުގައެވެ. މި ޤައުމަކީ ޔުނިޓަރީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. އާބާދީއަކީ 65 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.67 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ fr. އެވެ. ކޯލިން ކޯޑަކީ +33 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ފަރަންސޭސިވިލާތަށް އިނގިރޭސީން ކިޔާނަން ކަމުގައިވާ ފްރާންސް މިނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. ލެޓިން ބަހުން ކިޔަނީ ފްރާސިއާއެވެ. މީގެ މާނައަކީ “ފްރޭންކުންގެ ބިން” އެވެ. ނުވަތަ ފްރޭންކްލޭންޑެވެ. 
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޕްރޮޓޯ-ޖަރމެނިކް ބަހެއް ކަމުގައިވާ ފްރޭންކޯން މި ބަހަކީ ފްރޭންކް މި ބަހުގެ އަޞްލެވެ. މިއީ ޖެވެލިން ނުވަތަ ލޮންސި މި މާނައިގައި ބޭނުންކުރެވޭ ބަހެއް ކަމަށް ޤަބޫލުކުރެވިފައިވެއެވެ. 
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި “ދަ ތްރޯވިންގ އޭކްސް އޮފް ފްރޭންކްސް އަރ އޮލްސޯ ނޯވްން އޭޒް އަ ފްރާންސިސްކާ” އެވެ. ހަނގުރާމައިގައި ފްރޭންކުން އެއްލަން ބޭނުންކުރާ ކޯރާޑީއަށް ކިޔަނީ ވެސް ފްރާންސިސްކާއެވެ.

ފަރަންސޭސިވިލާތާއެކު ސީމާ ޙިއްޞާ ކުރާ ޤައުމުތަކަކީ، ގަޑީގެ ކަށިހިނގާ ބުރަށް އުތުރުން ފެށިގެން ބަލާއިރު، ބެލްޖިއަމާއި ލަގްޒެމްބާގާއި، ޖަރުމަނާއި ސްވިޒަރލޭންޑާއި، އިޓަލީ އާއި މޮނާކޯ އާއި އެންޑޯރާ އާއި ސްޕެއިނެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ގުޅާލެވިފައިވަނީ ޗެނަލް ޓަނެލް އިންނެވެ. 
ފަރަންސޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަންއަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި އޮތް، ބިމުގެ ގޮތުން ބަލާއިރު އެންމެ ބޮޑު ޤައުމެވެ. ޔޫރަޕަށް ބަލާއިރު ޔުކްރެއިން ފިޔަވައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ފަރަންސޭސިވިލާތުގެ ޓެރިޓަރީތަކާއި އޯވަސީސް އައިލެންޑްސްތަކާއެކު ބަލާއިރު ޔުކްރެއިނަށް ވުރެ ވެސް ފަރަންސޭސިވިިލާތުގެ އަކަމިން ބޮޑުވާނެއެވެ.

މިއަދު ފަރަންސޭސިވިލާތުގެ ގޮތުގައި އޮތް ޤައުމަކީ ޤަދީމީ އަލްގާލްގެ ބިމެވެ. ފުރަތަމަ ޤަރުނު މކ. ގައި ޖޫލިޔަސް ސީޒަރު ވަނީ ފަރަންސޭސިވިލާތުގެ ބިން ހިފައި އެއީ ރޯމަން އެމްޕަޔަރގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. 
މި ހިސާބުން ފަރަންސޭސިވިލާތުގެ ރަށްވެހީންވަނީ ރޯމަން ސްޕީޗް ނުވަތަ ލެޓިން ބަސް އެމީހުންގެ ބަހެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. މިއީ ފަރަންސޭސި ބަސް އެބަހަކުން އުފެދިގެން އައި ބަސްކަމުގައި ވެސް ވެގެންދިޔައެވެ.

އާބާދީގައި 65 މިލިޔަން މީހުން ތިބި ފަރަންސޭސިވިލާތަކީ ދުނިޔޭގައި އާބާދީގެ ގޮތުން ބަލާއިރު 19 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.

ފަރަންސޭސި ބަހަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އަދަބިއްޔާތުގެ އެންމެ މޮޅު އެއް ބަހެވެ. އެހެން ކަމުން ފަރަންސޭސި ސަގާފަތަށް ފަރަންސޭސި ބަހުގެ އަސަރުކޮށްފައިވާލެއް ވަރަށް ބޮޑެވެ. އެބައެއްގެ މާދަރީ ބަސް ދެކެ ފަޚުރުވެރިވުމަކީ ކިހައި މުހިއްމުކަމެއްކަން ދުނިޔެއަށް ދަސްކޮށްދިން އެއް ބަޔަކީ ފަރަންސޭސީންނެވެ. ތަރުޖަމާކުރުމާއި ބަހުގެ ދިރާސާތައް ކުރުމުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ބަޔަކީ ފަރަންސޭސީންނެވެ. ދުނިޔޭގެ ހުރިހާ ބަހެއްގައި ހިމެނޭ އަޑުތައް، އެ ބަހުގެ އަހުލުވެރިން އަދާކުރާ ގޮތަށް ލިޔުމަށްޓަކައި “އިންޓަނޭޝަނަލް ފޮނެޓިކް އަލްފަބެޓް” އުފެއްދުމުގެ މޭސްތިރިންނަކީ ވެސް ފަރަންސޭސީންނެވެ.
މިއަދު ދުނިޔޭގެ އެހެން ބަސްބަހުގެ ގަވައިދާ ފިލިހަމަ އެ ބަހަކުން ލިޔެވި ޢިލްމީ ގޮތުން އެންމެ ބޮޑަށް ރައްކާތެރިކުރެވިފައިވާ ބަހަކީ ވެސް ފަރަންސޭސި ބަހެވެ.
ދުނިޔޭގައި ފަންނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެންމެ ރަނގަޅު ގޮތް ހޯދައި އެ ގޮތްތައް ތަޢުލީމުގެ ތެރޭގައި ހިމަނައިގެން ރަނގަޅު މުޖްތަމަޢެއް ބިނާކުރުމުގެ އެންމެ ބުރަ މަސައްކަތެއްކުރާ އެެއް ބަޔަކީ ވެސް ފަރަންސޭސީންނެވެ.




#Article 27: ދިވެހި ރައްޔިތުންގެ ޕާޓީ (103 words)


ދިވެހި ރައްޔތުންގެ ޕާރޓީ އަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ހުއްދަ ލިބިގެން ހެދިފައްވާ ސިޔާސީ ޕާރޓީ އެކެވެ. 2 ޖޫން 2006 ގައި ދިވެހިރާއްޖޭގެ ޕާރލިމެންޓްގެ 50 މެމްބަރުންގެ ތަފާތުވުމެއް ނެތި ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީ އުފައްދައި ހިންގުމުގެ ބިލް ފާސްކުރވުނެވެ. މިބިލް ފާސް ކުރެވުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ދިވެހިރާއްޖޭގެ ދެވަނަ ސިޔާސީ ޕާރޓީގެ ގޮތުގައި ޑީ.އާރް.ޕީ (DRP) އުފެދުނެވެ. މިޕާރޓީގެ ބާނީ އަކީ އަދި ރައީސް އަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އެވެ.

އަދި އޭއާއެކު، ދިވެހިރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ހެދުމާއި، ހިޔާވަހިކަމާއި ތަޢްލީމާއި ޞިއްޙަތާއި އަދި އެހެނިހެންވެސް އަސާސީ ޚިދްމަތްތައް ފަސޭހަކަމާއެކު އެންމެހާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ތަނަވަސްކުރުމާއި، ދިވެހިރާއްޖޭގައި ތަޅާފޮޅުމެއްނެތި ހަމަޖެހުމާއެކު ޤައުމުގެ ކަންތައްތައް ހިންގާނޭ ހުނަރުވެރި ޒުވާން ޖީލުތަކެއް ހިންގުމުގެ ދާއިރާއަށް ތަޢާރުފްކޮށް، ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރި ކުރުމަށް ސާބިތު ޚިދްމަތްތެރިންތަކެއް ތައްޔާރުކުރުންވެސް މިޕާޓީގެ މަޤްސަދުތަކުގައި ހިމެނެއެވެ.




#Article 28: ހިންދޫދީން (308 words)


ހިންދޫދަރަމް ނުވަތަ ހިންދޫދީނަކީ، ވޭދާ ތަކުގެ މައްޗަށް ބިނާ ވެގެންވާ އާލަމީ ދީނީ ސަގާފަތެކެވެ. ހިންދޫން ދައުވާ ކުރާ ގޮތުގައި ދުނިޔޭގެ މަހާ ދީންތަކުގެ ތެރެއިން އެންމެ ބޯދާ ދީނަކީ ހިންދޫދީނެވެ. ހިންދޫދަރަމް ނުވަތަ ހިންދޫދީން މި އިސްތިލާހަކީ ލާގައިދީ އިސްތިލާހެކެވެ. އެހެނީ ހިންދޫދީނަށް ނިސްބަތްވާ ތަފާތު އެތައް މަޒުހަބު އޮވެއެވެ. މި މަޒުހަބު ތަކުގެ އަގީދާ ތަކާއި ފިގުހު އެހައިމެ ތަފާތެވެ. ފާއިތުވި 4000 އަހަރުގެ ތެރޭގައި ހިންދޫދަރަމް ވަނީ އެއްގައު ދީނަކުން ސަގާފަތްތަކުގެ ބޮނޑިއަކަށް ބަދަލުވެފައެވެ. ހިންދޫދީނަށް ނިސްބަތްވާ އެތައް މުނާސަބަތުތަކެއް ވެއެވެ. މިއިން ކޮންމެ މުނާސަބަތެއް ފާހަގަ ކުރުމުގައި އެކި މީހުން ތަފާތެވެ. އަދި ހަމަ އެހެންމެ ހިންދޫ ދީނަށް ނިސްބަތްވާ ތަފާތު އެތައް ފިރުގާތަކާއި އެތައް ފަލްސަފާތަކެއް ވެއެވެ. ސިމާރްތާ ހިންދޫދަރަމް ގައި މަތިވެރިވެގެންވާ ބްރަހްމަން ކަލާނގެ ސިފަކޮށްދޭ އެތައްބައިވަރު ކީރިތި ސޫރަ ތަކަށް، ގަދަރުދެވިގެންވެއެވެ. ގާތްގަނޑަކަށް 1 ބިލިއަން ތާބިއީން ތިބި ހިންދޫދީނަކީ ދުނިޔޭގައި އޮތް 3 ވަނަ އަށް އެންމެ ބިޔަ ދީނެވެ. 98% ހިންދޫން ތިބީ ބައްރެސަޣީރު ގައެވެ. ހާއްސަކޮށް ހިންދުސްތާނުގައެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ހިންދޫދީން ގައުމުގެ ރަސްމީ ދީންކަމުގައި ކަނޑައެޅިފައިވާ ހަމައެކަނި ގައުމަކީ ނިސްބަތުން ކުޑަ ރާއްޖެއެއް ކަމުގައިވާ ނޭޕާލުގެ ހިމާލަވީ ރަސްކަމެވެ. 

މިއަދުގެ ހިންދޫ އަގީދާތަކާއި އަމަލުތަކާއި ފަލްސަފާތައް ނެގިފައިވަނީ، ބައެއް ކަންތައް ބުދުދީނާއި ޖައިންދަރަމް އާ އެއްގޮތް ވާ ގޮތުގެ މަތީން އަދި ހިންދޫ ދީނަށްވުރެ ފަހުން ތަރައްގީވި އަވޭދަވީ އަގީދާތަކުގެ ތެރެއިން ވެސް ބައެއް އެކުލެވިގެންމެ ވޭދަވީ ޕަރަންޕަރާއާއި އިންނެވެ.

ހިންދޫދީނުގެ ރޫހާނީ ޕަރަންޕަރާ އެއްކައުވަންތަ އަދި ޓޮލަރެންޓް ނަޒަރަކުން، ރިގަވޭދީ އާޔަތުގައި ބަޔާންކުރެވިފައި:

एकं सत् विप्रा बहुधा वदन्ति ، ރ.ވ.  1:164:46

އެކަމް ސައްތް ވިޕްރާ ބަހުދާހ ވަދަންތި

ހައްގަކީ އެކެކެވެ، ނަމަވެސް ހަކީމުން އެއަށް ތަފާތު ނަންތައް ނިސްބަތްކުރެއެވެ.

ހިންދޫދީނުގެ އަމާޒު އެންމެ ރަނގަޅަށް ބަޔާންކުރެވިފައިވަނީ ތާބިއީ މަންތަރުގައެވެ.

ॐ । असतो मा सद्गमय । तमसो मा ज्योतिर्गमय । मृत्योर्मामृतं गमय ।।

އޯމް އަސަތޯ މާ ސަދްގަމަޔަ؛ ތަމަސޯ މާ ޖްޔޯތިރްގަމަޔަ؛ މްރިއްތްޔޯރްމާމްރިތަމް ގަމަޔަ

އޯމް! (އަޅު) ބާޠިލުން ހައްގަށް، އަނދިރިކަމުން އަލިކަމަށް، މަރުވުމުން އަބަދުގެދިރިހުރުމަށް ފޮނުއްވައިފާނދޭވެ!

ހުރިހާ ހިންދޫން ވެސް އެއްބަސްވާ އާއްމު އަގީދާއަކީ، ދަރްމަ އާއި ސަމްސާރަ އާއި ކަރްމަ އާއި މޮކްޝާ އާއި ޖްޏާނަ ގަބޫލުކުރުމެވެ. އާދޭހެވެ! ދެން އީޝްވަރަ ނުވަތަ ﷲ (God) ގަބޫލުކުރުމެވެ.

މިއީ މީހުންނަށް އެނގިފައިވާ، ބަހުގެ އެންމެ ބޯދާ ވައްތަރެވެ.
ހިންދޫދީނުގައި އެންމެ މަތިވެރި ގަދަރު ދެވިފައިވާ މަންތަރަކީ ރިގަވޭދާގެ 3.62.10 މައްޝޫރު ގަޔައްތްރީ މަންތަރެވެ.

ॐ भूर्भुवः स्वः। तत् सवितुर्वरेण्यम्। भर्गो देवस्य धीमहि। धियो यो नः प्रचोदयात्।

އޯމް ބޫހރްބުހވަ ސްވަހ؛ ތައްތް ސަވިތުރް ވަރޭންޔަމް؛ ބަރްގޯ ދޭވަސްޔަ ދީހމަހި؛ ދިހޔޯ ޔޯ ނަހ ޕްރަޗޯދަޔާއްތް.

އޯމް! އަޅަމެންނަށް ސަވިތާރުގެ މަތިވެރި ހަމްދު ލިބިދެއްވާފާނދޭވެ! އެއިރުން އެކަލާނގެ އަޅަމެންގެ ދުއާތަކުގައި ބަރަކާތް ލައްވައިފާ ހުއްޓެވެ.




#Article 29: މެލޭޝިޔާ (221 words)


މެލޭޝިޔާ އަކީ އިރުދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މެލޭޝިޔާ އެކުލެވިފައިވަނީ 13 ސްޓޭޓާއި 3 ފެޑެރަލް ޓެރިޓަރީގެ މައްޗަށެވެ. 
މެލޭޝިޔާގެ ޞާޙިބުއްދައުލާއަކީ އިންތިޚާބުކުރެވިފައިވާ ރަސްކަލެކެވެ. ޞާޙިބުލްޙުކޫމާއަކީ ބޮޑުވަޒީރެވެ. މެލޭޝިޔާގެ ސަރުކާރު ބައްޓަން ކުރެވިފައިވަނީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރ ޕާލަމެންޓަރީ ސިސްޓަމަށެވެ.

މެ

ޕކ-]ކލ]=ކލ]ޕލ.ޕ[
ޕ.؛
'.؛ލޕޮޕ\\\\\ކިޕެލަގޯ އެންޑް އީސްޓަރން އޭޝިޔާގައި، އިންޑޮނޭޝިޔާއަށް ކިޔާނެ ނަމެއްގެ ގޮތުގައި “މެލަޔުނޭޝިޔާ” އާއި “އިންޑުނޭޝިޔާ” ހުށަހަޅާފައެވެ. މި ދެ ނަމުގެ ތެރެއިން އޭނާ ބޮޑަށް އިސްކަން ދެއްވީ ކުރީ ނަމަށެވެ.

މެލޭޝިޔާ ވަނީ ދެކުނު ޗައިނާ ކަނޑުން ދެ ސަ
ގޮތުން ގުޅިފައިވާ ޤައުމުތަކަކީ ތައިލެންޑާއި، އިންޑޮނޭޝިޔާ އާއި ސިންގަޕޫރާއި ބުރުނާއީއެވެ.

މެލޭޝިޔާގެ ހުރިހާ ހިސާބަކުން ވެސް އާސާރީ ތަންތަން ފެނިފައިވެއެވެ. “ސެމަންގް” ނުވަތަ ސަކައި ނަމަކަށް ކިޔާ ނެގްރީޓޯ (ބަބުރު) ދަރިކޮޅެކެވެ. އެމީހުންގެ ދޫދޫމަތީ ވާހަކަތަކުގައި ކިޔާ ގޮތުން އެމީހުން މެލޭޝިޔާ ސަރަޙައްދަށް އައިސްފައިވަނީ މީގެ 50000 އަހަރު ކުރީން އެފްރިކާ ބައްރުންނެވެ. އެމީހުން ބުނާ ގޮތުގައި މެލޭޝިޔާގައި އެންމެ ފުރަތަމަ ވަޒަންވެރިވި އެ ޤައުމުގެ އަދިވާސީންނަކީ އެމީހުންނެވެ.
މެލޭޝިޔާ މީހުންނަށް ބަލާއިރު އެމީހުންނަކީ އިންޑޯޗައިނާ ނަސްލަށް ނިސްބަތްވާ ބައެކެވެ. 
އިނގިރޭސީން އެމީހުންގެ އެންމެ ފުރަތަމަ ކޮލޮނީ މެލޭޝިޔާގައި ޤާއިމުކުރީ 1786 ވަނަ އަހަރުގައެވެ. މެލަޔާއަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 31 އޮގަސްްޓް 1957 ގައެވެ. ސަބާހް (ނޯ^ް ބޯނިއޯ) އާއި ސަރަވާކާއި ސިންގަޕޫރު ގުޅިގެން މެލޭޝިޔާ އުފެދުނީ 16 ސެޕްޓެންބަރު 1963 ގައެވެ. 

މެfuk

މެލޭޝިޔާގައި އެންމެ ބޮޑު އަދި ރަސްމީ ދީނަކީ އިސްލާމްދީނެވެ. 60.4% މީހުންނަކީ މުސްލިމުންނެވެ. 19.2% މީހުންނަކީ ބުދިސްޓުންނެވެ. 9.1% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 6.3% މީހުންނަކީ ހިންދޫންނެވެ. 2.6% އަކީ ސީނީ ދީންތަކުގެ މީހުންނެވެ. 
މެލޭ ނަސްލުގެ 100% މީހުންގެ ދީނަކީ އިސްލާމްދީނެވެ. އެހެނީ، މެގައި “މެލޭ” ނަސްލުގެ މީހުންނަކީ މެލޭޝިޔާ ނުވަތަ ސިންގަޕޫރަށް އުފަންވާ މީހުންގެ ތެރެއިން މެލޭ ބަހުން ވާހަކަ ދައްކާ އަދި މެލޭ އާދަކާދަތަކާ އެއްގޮތަށް އުޅެމުންދާ ކޮންމެ މުސްލިމެކެވެ. މުސްލިމަކު އެހެންދީނަކަށް ބަދަލުވެއްޖެނަމަ އެހިސާބުން ފެށިގެން އޭނާއަކީ މެލޭ ނަސްލުގެ މީހެއް ނޫނެވެ. މެލޭޝިޔާގެ ޤާނޫނު އަސާސީން މެލޭ މީހުންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ވެސް ލިބިދެއެވެ.




#Article 30: އައްޑުއަތޮޅު (408 words)


އައްޑުއަތޮޅަކީ ދިވެހިރާއްޖެ އެންމެ ދެކުނަށް އޮތް އަތޮޅެވެ. މިއަތޮޅުގައި އޮތް 23 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ ހަ ރަށުގައެވެ. އެއީ މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދޫ މި ހަރަށެވެ. އައްޑުއަތޮޅަކީ މާލެ ފިޔަވައި ދިވެހިރާއްޖޭގައި އޮތް އެންމެ އާބަދީ ބޮޑު އަތޮޅެވެ. 
ޮ
އައްޑުއަތޮޅުގައި ރަށުގެ އަދަދު މަދު ކަމުގައިވިއަސް، ރާއްޖޭގެ އެހެނިހެން އަތޮޅު ތަކާއި އަޅާ ބަލާއިރު ރަށްތައް ބޮޑެވެ. ގިނަ ރަށްތައް ވަނީ ހުޅަނގު ފަރާތު ފަރުތަކާއި ގުޅިފައެވެ. މިރަށްތައް ވަނީ ކޯސްވޭ ނުވަތަ މަގުތަކުގެ އެހީގައި ގުޅުވާލެވިފައެވެ. ހުދޫ އާއި މީދޫ އަކީ ވަކިން އޮތް އެކަހެރި އެހެނަސް ވަރަށް ބޮޑު އަދި މުހިންމު ތާރީޚެއް ހިއްސާ ކުރާ ދެރަށެވެ. މިދެރަށް އިދާރީ ގޮތުން އެއްކޮށްލުމަށް ކުރެވުނު މަސައްކަތް މިހާތަނަށް ނާކާމިޔާބު ވެފައި ވިއަސް، ބައެއް ފަހަރު މިދެރަށަށް ނިސްބަތް ކުރުމުގައި 'ހުޅުމީދޫ' މިނަން ބޭނުން ކުރެވެއެވެ. މީދޫގެ އާއިލާތަށް ދިރާސާ ކުރަށްވާ ސޭފުގޭ އިބްރާހިމްދީދީ ވިދާޅު ވަނީ އައްޑޫގެ ހުރިހާ ރައްތަކެއްވެސް ފަޅު ވުމަށް ފަހު އަލުން އާބާދު ކުރުމުގައި މީދޫގެ ހިއްސާ ބޮޑު ކަމުގައެވެ. 

 

އައްޑުއަތޮޅު މީހުންގެ ބަހުރުވައަކީ އައްޑޫބަހެވެ. ދިވެހިރާއްޖޭގެ ރަސްމީ ދިވެހި ބަހާއި މި ބަހުރުވައިގެ ގުޅުން ވަރަށް ކުޑައެވެ. ދެކުނުގެ ރަށްތަކުގެ މީހުން ވާހަކަ ދައްކައި އުޅޭ ބަހުރުވައާއި ގާތް ކަން ހުރި މިބަހުރުވައަކީ ތާރީހީ ގޮތުން މުހިންމު ބަހުރުވައެކެވެ. އެހެނީ ވަރަށްގިނަ ދުވަސް ތަކެއް ވަންދެން އައްޑޫ ބަހަކީ ދެކުނުގެ ރަށްތަކުގެ މީހުން މައުލޫމާތު ބަދަލު ކުރުމުގައި ލިންގުއެ ފްރޭންކާ ނުވަތަ 'ގުޅުވައިދޭ' ބަހުރުވައިގެ ގޮތުން ބޭނުން ކުރި ބަހެވެ. މިގޮތުން މުލަކާއި ހުވަދޫ މީހުން މިބަސް ބޭނުން ކުރިކަން ވަނީ އެނގިފައެވެ. މިސާލަކަށް ހުވަދޫ މީހަކާއި މުލަކު މީހަކު ދިމާ ވެއްޖެ ނަމަ އެމީހުން ވާހަކަ ދައްކާ އުޅެނީ އައްޑޫ ބަހުންނެވެ. ކަން މިހެން އޮތަސް ވަކިވެގަތް ސުވާދީވް ސަރުކާރުން ރަސްމީ ލިޔެކިޔުން ތަކުގައި ބޭނުން ކުރީ ރަސްމީ ދިވެހި ބަހެވެ. -

 

 
އިނގިރޭސިންގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް 1941 ވަނަ އަހަރު އައްޑުއަތޮޅު ގަމުގައި ގާއިމު ކުރިއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއެވެ. މިތަނަށް ކިޔާފައިވަނީ port T އެވެ. ނަމަވެސް 1957 ވަނަ އަހަރުން ފެށިގެން މިތަނުގެ ނަންވަނީ އާރު.އޭ.އެފް މިނަމަށް ބަދަލު ކޮށްފައެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު މިތަން ބޭނުން ކޮށްފައިވަނީ ދުޝްމިނުންނަށް ފާރަލާ 'ލޮލެއްގެ' ގޮތުގައެވެ. 
ހަޤީޤީ ކަނޑުގެ ސިފައިންގެ މަރުކަޒު ގާއިމް ކުރެވުނީ British Eastern Fleet އަށް އެހީތެރި ވުމަށްޓަކައެވެ. 

ކަންމިހެން އޮތަސް އެމީހުން ވަނީ ހިތަދޫން ބަދަލުކުރެވި މިހާރުގެ ފޭދޫއަށް ރައްވެހި ކުރެވިފައެވެ. ފޭދޫގައި އޭރު ތިބި މީހުން މަރަދޫން ބައަކަށް ފޮނުވާލެވުމުން 'މަރަދޫ ފޭދޫ' އިދާރީ ގޮތުން އުފެދުނީ ކަމުގައި ބުނެވެއެވެ. (އަބްދުލް ޤަނީ، 2008) އެއިގެ ކުރިން މަރަދޫ ފޭދޫ އެއް ނޯންނަކަމުގައިވެސް ޤަނީ ވިދާޅުވިއެވެ. 
އިނގިރޭސިން އައްޑޫގައި ތިބުމުގެ ސަބަބުން އަތޮޅަށްވަނީ ތައުލީމީގޮތުންނާއި އުމްރާނީގޮތުން އެތަކެއް ކުރިއެރުން ލިބިފައެވެ. އެމީހުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަރަށް ކުރިއަރައި ދިޔަމެއެވެ. 

ހުޅުމީދޫގައި ތިބީ އިނގިރޭސިންގެ ކުލީ ސިފައިންނެވެ. އެއީ އިންޑިއާ ހިސާބުގެ މީހުންނެވެ. އެމީހުން ތިބީ މާއެޅެ ސަރަހައްދުގައެވެ. އެތާގައި ހަސްފަތާލޭ ކިޔުނު ތަނަކާއި އެތަނުގެ ޑަކުތަރާއި އަދި އުސް ދަގަނޑުގޭ ކިޔާ ވޮޗް ހައުސް އެއްވާކަމުގައި މީހުން ބުނެތެވެ. ރަށުގެ މީހުން އެމީހުންދެކެ ވަރަށް ބިރުގަނެއެވެ. އެހެނަސް އެމީހުން ވަރަށް ހެޔޮކަމުގައިވެސް ކިޔާއުޅެއެވެ. އެގޮތުން ކާތަކެތި ބަހާ އުޅުނެވެ. ރަށުގައި އެމީހުންގެ ބީރައްޓެހިކަން ބޮޑު ކަމުން ރަށައް އަރާ އުޅެނީ ވަރަށް މަދުންނެވެ. ފެން ނަގަނީ މޫސާގެ ފަންނު މިސްކިތުންނެވެ. އެތަނަށް އައިސް އުޅުނީ ރަށްވަށާ އެމީހުން ކޮށި 'ލޮރި' މަގުން ލާފައެވެ. މީދޫގައި މިހާރުވެސް ބަޑި ބުރުޒުގެ ދެބުރުޒު އެބަހުއަޓެވެ. އަދި ބިންގަރާހެއްވެސް އެބަހުރިމެއެވެ. އެތަން ތަން ވަނީ ވަރަށް އަނިޔާ ލިބި ހައިބަތު ކުޑަވާން ކައިރި ވެފައެވެ. އެއިން އެއް ބުރުޒު ރަށް ގިރުމުގެ ސަބަބުން ވަނީ މޫދުތެރޭގައޭ ދެންނެވުން ދޮގަކާށް ނުވާނެއެވެ. 




#Article 31: ލޮނޑިކެޑެ މިސްކިތް (600 words)


ލޮނޑިކެޑެ މިސްކިތް ނުވަތަ ރަންފުތު ފަނޑިޔާރު ކަލޭގެފާނު މިސްކިތަކީ  މީދޫގެ އެންމެ  ހުޅަނގު ފަރާތުގައި ހުންނަ  މިސްކިތެކެވެ. އެންމެ ފުރަތަމަ  ލޮނޑިކެޑެ  މިސްކިތް  އިމާރަތް ކުރެވުނީ ހިރިގަލުންނެވެ. ކުރީގެ މިސްކިތުގައި ދެ ދާލާއި މިހުރާބުގެ ހުއްޓެވެ. ލޮނޑިކެޑެ  މިސްކިތް ބިނާކުރެއްވީ މަހުމޫދު (ރަންފުތު) ފަނޑިޔާރު ކަލޭގެފާނެވެ. ލޮނޑިކެޑެ  މިސްކިތުގެ ބޮޑުމިނަކީ  ދިގުމިނުގައި 13 ފޫޓެވެ. ފުޅާމިނަކީ 7.9 ފޫޓެވެ.  ފަހުން އެ މިސްކިތް  ބޮޑުކޮށް މަރާމާތު ކުރެވުނު އިރު މިސްކިތުގެ ދިގުމިނަކީ 21 ފޫޓެވެ. ފުޅާމިނަކީ 17 ފޫޓެވެ. މިސްކިތުގެ ވެވަކީ މީދޫގައިހުރި  އެންމެބޮޑު ވެޔޮ ކަމުގައި ބުނެވެއެވެ. ވެވުގެ ސިޑީގައި ޚާއްސަ ނިޝާނެއް ހުއްޓެވެ. އެ ނިޝާން ބަލާލުމަށްޓަކައި ކުރީޒަމާނުގައި ރަށްރަށުގެ މީހުން މީދޫއަށް ޒިޔާރަތްކުރެއެވެ.

ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި ރާއްޖޭގެ ވެޔޮތައް ފޮރުވާލެއްވުމަށް އެންގެ  އެންގެވުމާއި ގުޅިގެން ލޮނޑިކެޑެ  މިސްކިތުގެ ވެޔޮވެސް ފޮރުވާލެވުނެވެ. އަދި ވެވުގެ އުތުރުން  މިސްކިތުގެ އިރުމަތީ ފަރާތުގައި މިސްކިތާއި ކައިރީގައި ހިރިގަލުން ބެހެއްޓެވި  ވަޅު މިހާރުވެސް އެބަހުއްޓެވެ. ނަމަވެސް އެސަރަހައްދުގައި މިހާރު ޒިޔާރަތެއްވެސް އަދި މަހާނައެއްގެ ގާކޮޅެއްވެސް ނެތެވެ. މިހާރު އެސަރަހައްދުގެ  ބޮޑުބައެއްގައި މަގުތައް ހަދައި  މީހުންނަށް ގޯތި  ދެވި އެގޯތިގޯތީގައި މީހުން ދިރިއުޅެއެވެ. މިހާރު ލޮނޑިކެޑެ  މިސްކިތުގެ  ވަށައިގެންވަނީ ފާރެއް  ރާނާފައެވެ.

މީދޫ  އިސްލާމްވުމާއި ދާދިގާތުގައި މީދޫއަށް  އަރައިގަތް  ކާފަރުންނާއި  ކަޅިހާރާގެ ލަޝްކަރާއި ދެމެދު ކުރެވުނު  ވަރުގަދަ ހަނގުރާމައިގެ މައިދާނަކީ ލޮނޑިކެޑެ (ލެޑިކޮޅު) އެވެ. ލޮނޑިކެޑެ  ގަބުރުސްތާނަކީ  ގިނަ އަދަދެއްގެ ބަޔަކު  ވަޅުލެވިފައިވާ  ވަރަށް ބޮޑު  ގަބުރުސްތާނެކެވެ. އެގަބުރުސްތާނުގައި މަހާނަތަކާއި ޒިޔާރަތްތައް ހުއްޓެވެ. ލޮނޑިކެޑެ ގަބުރުސްތާނުގައި  އެންމެފަހުން ހުރި ޒިޔާރަތަކީ ބަބުރު ފަޑިއައްތަކުރުފާނުގެ ޒިޔާރަތެވެ.  މިހާރު އެޒިޔާރަތްވެސް އެނގޭކަށް ނުހުރެއެވެެ.  އެޒިޔާރަތް ހުރީ މިސްކިތުގެ އުތުރުން މިސްކިތާއި 100 ވަރަކަށް ފޫޓް ދުރުގައެވެ.

މީލާދީން 1950ގެ އަހަރުތަކާއި  ޖެހެންދެން ލޮނޑިކެޑެ  ގަބުރުސްތާނު  ސަރަހައްދަކީ  އާދަޔާއި ޚިލާފު ހާދިސާތައް  ފެންނަ  ތަނެކެވެ. އެގޮތުން އެސަރަހައްދަކީ ނާމާން ސަރަހައްދެއްގެ  ގޮތުގައި މީދޫ ރައްޔިތުން ބަލައި އުޅުނެވެ. އެފަދަ ތަފާތު ހާދިސާތައް ފެނިފައިވާ  މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް މިހާރު އެބާވަތުގެ ހަދިސާތަކެއް ނުފެނެއެވެ.

އަލްގާޟީ މަހުމޫދު (ރަންފުތު) ފަނޑިޔާރު ކަލޭގެފާނުގެ ބައްޕައަކީ  ކަޅިހާރި ދޮން ސީދިކަލޭގެ ދި ބޮޑު ދޮންދަލިކާލެނގެ ފުތް ކަޅިހާރި ދޮންބުއި ނާއިބުކަލޭގެފާނެވެ. މަންމައަކީ ފުވައްމުލަކު ދޮން މަރިޔާ އެވެ.

ރަންފުތު  ފަނޑިޔާރު ކަލޭގެފާނަކީ  ދިވެހި ތާރީޚަށާއި  ދިވެހިރާއްޖޭގެ ތަޢުލީމަށް އަގުހުރި ޚިދުމަތްތަކެއް  ކޮށްދެއްވި  ބޭކަލެކެވެ. ދިވެހިބަހުން  އެންމެ ފުރަތަމަ  ފޮތެއް އެކުލަވާލެއްވީ  މިކަލޭގެފާނެވެ. މިކަލޭގެފާނު ދިވެހިރާއްޖޭގެ  އުއްތަމަ ފަނޑިޔާރުކަން  15 އަހަރު ކުރެއްވިއެވެ. ރަންފުތު  ފަނޑިޔާރު ކަލޭގެފާނު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ އައްސުލްތާން އިބްރާހިމް  އިސްކަންދަރު (1ވަނަ) ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން (23 އޮކްޓޯބަރ 1648 އިން 28 ފެބްރުއަރީ 1687) ގެ ރަސްކަމުގައެވެ. އެރަދުންގެ ރަސްކަމުގައި އައްޑޫ  މީދޫ މާމިސްކިތް މަރާމާތުކޮށް ދެއްވައި އެރަށުގައި  އިތުރު ކުޑަ ދެ މިސްކިތެއް ބިނާކުރުމުގެ  އިޒުނަ ދެއްވިއެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެރަދުންގެ އަމުރުފުޅަށް ލޮނޑިކެޑެ  މިސްކިތުގެ ބޯގަފަތެއް  ލިޔުއްވައި  އެރަސްގެފާނުގެ  ސިއްކަ ޖެއްސެވިއެވެ. އެފަތް  ލިޔުއްވާންވީގޮތް  ކިޔައިދެއްވީ ބަނޑޭރި  ހުސެއިން ހަނދޭގިރި އެވެެ. ދިވެސް އަކުރުން އެފަތް  ކިއުއްވީ  މުދިން އިބްރާހިމް އެވެ. މި ބޯގަފަތް ދިވެސް އަކުރުން ތާނައަށް ތަރުޖަމާ ކުރެއްވީ  ހުސެއިން ފަހުމީ އެވެ. އެއީ 6 ރަމަޟާން 1378 (16 މާރޗް 1959) ގައެވެ.

ލޮނޑިކެޑެ  މިސްކިތުގެ ބޯގަފަތުގައި ލިޔެވިފައިވެއެވެ. މަހުމޫދު ރަންފުތު  ފަނޑިޔާރު ކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން  ގަނޑުވަރު  ވަށޮރަންދިޔަގެފާނު، އައްޑޫ މީދޫ  ލޮނޑިކެޑެ ކިޔާ ތަނުގައި ބިނާކުރެއްވި މިސްކިތް  ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުން އެދި  އައްސުލްތާން އިބްރާހިމް  އިސްކަންދަރު-1ގެ  ދަރުބާރަށް ވަޑައިގަތެވެ. އެއީ އެރަދުންގެ ރަސްކަމުގެ 28 ވަނަ އަހަރު  ހިޖްރައިން 1086 (މީލާދީން 1675) އަހަރުގައެވެ.

ރަންފުތު  ފަނޑިޔާރު ކަލޭގެފާނާއި، ފަނޑިޔާރު ކަލޭގެފާނުގެ  އަނބިކަނބަލުން ގަނޑުވަރު ރަންދިޔަގެފާނުގެ އެދުމުގެ މަތީން ރަދުން ލޮނޑިކެޑެ  މިސްކިތުގެ  ބޯގަ  ހަމަޖައްސަވައި ދެއްވިއެވެ. ބޯގައަށް ހަމަޖައްސަވައި ދެއްވީ  އައްޑޫ  މީދޫ  އުތުރުން  އޮތް  ހިކަހެރަ އާއި  ހިރިއާދަހެރަ އެވެ. މީދޫ ހުޅަނގު  ފަރާތު  އުތުރުން ގައްލަނޑު  ދޮން އައިހާ ބިބީގެ  ފަންނުން (ގޮނޑުދޮށަށް އަރާފައިބާ ޚާއްސަ ދިމަދިމާ) އިރަށް  ގޮސް  މެދުމަގުން  ދެކުނަށް، ވާދީ އަހައްމަދުގެެ  ފަންނުން  ހުޅަނގަށް ދާއިރު، އެދެމެދުގައި  އޮންނަ އުރައިލައިކާ- ދަނޑުބިން  ނޫން  އަތިރިމަތީ  ރުއް  އިންދާފައިވާ ބިމާއި ރުއްގަހެވެ.  މީގެ އިތުރުން އައްޑު އަތޮޅު ގަމުގައި ހުރި  ބަންޑާރަ ބިން ނޫން  އެހެން ބިންތަކުގެ ރަސްބަޔަށްވާ  20 ބައިގެ ތެރެއިން ބަންޑާރައަށް  އޮންނަ 250 ބޮނޑި  ފިޔަވައި ދެން ބާކީ  އޮތްބަޔެވެ.

މީދޫގައި  ރަސްގެފާނުގެ  އަޅުންނާއި ބޭފުޅުން  އިންދަވާފައިވާ  ރުއްގަސްހުރި ބިންތަކާއި  އެސަރަހައްދުގައި ހުރި ގަސްގަހުން ލިބޭ ފައިދާއިން  ލޮނޑިކެޑެ  މިސްްކިތުގެ ހުރިހާ ކަންކަމެއް ކުރުމަށް އައްސުލްތާން  އިބްރާހިމް އިސްކަންދަރު (1ވަނަ) އަމުރެއް ނެރުއްވިއެވެ. އަދި މިސްކިތުގެ ހުރިހާ ކަމެއް  ކުރުމަށްފަހު  ބާކީވާ  ތަކެތިން ރަދުންނާއި  ރަދުންގެ މަންމާފުޅު ކަނބާ އާއިޝާ އާއި ބައްޕާފުޅު އައްސުލްތާން މުހައްމަދު އިމާދުއްދީން (1ވަނަ) އާއި   އޭރު ހުންނެވި  އެރަދުންގެ އަނބިކަނބަލުން  ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނަށް  ހެޔޮ ދަރުމަ  ދެއްވުން އެދި  ކޮންމެ  ރޯދަމަހަކު  ޚަތިމެއް ކުރުމަށާއި  ކޮންމެ  ރަބީއުލްއައްވަލް މަހަކު  ދިހަ މީހުން ލައްވާ  ބާރަދުއާ ކިއުމަށްވެސް އަމުރު ކުރެއްވިއެވެ. މިހުރިހާ ކަންކަމުގެ  އަމަރު ނެރުއްވާއި މިސްކިތުގެ ބޯގަ ފަތްކޮޅުގައި އެރަދުންގެ  ސިއްކަ  ޖެއްސެވިއެވެ.

ބޯގަ ފަތްކޮޅުގައިވާ  ފަދައިން ވަރަށްގިނަ  ޒަމާންތަކެއް ވަންދެން  އެގޮތަށް  އަމަލުކުރަމުން ގެންދިޔައެވެ. ނަމަވެސް ޒަމާންތައް ބަދަލުވެ  އެފަދަ ލިޔުންތަކާއި ވަގުފުތައް އުވިގެން ހިނގައްޖެއެވެ. އޭގެފަހުން  ލޮނޑިކެޑެ  މިސްކިތް  ވީރާނާވުމުން  އެކިމީހުން އެ މިސްކިތް މަރާމާތު ކުރިއެވެ. ހިރިގަލުގެ މިސްކިތް  ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެޅެގޭ  ކުދުތުއްތު ދީދީ  އެމިސްކިތް  އުވައިން ރާނައި  އިމާރާތް ކުރެއްވިއެވެ.

ދާދިފަހުން މިސްކިތާއި  މިސްކިތުގެ ފުރާޅު ހަލާކުވެފައި  ވަނިކޮށް  ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު  މިސްކިތް  އާކުރައްވައި އާ ޓިނު ޖަހައި ހިޔާކޮށް މިސްކިތުގެ ފާރު ރާނާފައިވެއެވެ.




#Article 32: މީދޫ (އައްޑުއަތޮޅު) (102 words)


އައްޑު އަތޮޅުގެ އެހެނިހެން ރަށްރަށާއި ދުރުގައި އޮންނަ މީދޫ އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މީދޫ މީހުންގެ އިޤްތިސާދު ބިނާވެގެންވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މައްޗަށެވެ. މީދޫ އަކީ ތާރީހީގެ ގޮތުން މުއްސަނދި އަދި އައްޑު އަތޮޅުގައި މީހުން ދިރިއުޅެމުން އަންނަތާ އެންމެ ގިނަ ދުވަސްވީ އެއް ރަށެވެ. މިރަށުގައި މިހާރު ގާތްގަނޑަކަށް 2،500 މީހުންގެ އާބާދީ އެއް ދިރިއުޅެމުން އާދެއެވެ. ސަންސްކްރިތު ބަހުން މީދޫގެ މާނައަކީ ބޮޑު ރަށެވެ. 
މީދޫ މަޝްހޫރުވެފައިވަނީ އެރަށަކުން ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އިލްމުވެރިން އުފަންވި ރަށް ކަމުގައެވެ. މިގޮތުން އަދި 16ވަނަ ޤަރުނުގައި މީދޫގެ ހަތް ބޭކަލަކު މާލޭގައި ފަނޑިޔާރު (ޤާޒީ) ކަން ކުރައްވާ ފައިވެއެވެ. 

މީދޫ އިސްލާމް ދީނުގެ ހިޔާވަހިކަމަށް އައީ 12ވަނަ ޤަލލޖހލމުކޖކރުނުގައި ޔޫސުފް ނާއިބް ނަމަކަށް ކިޔުނު އަރަބި ދަރުރުވެރިއެއްގެ އަތްމައްޗަށެވެ. އަދި މާތް ﷲ އަށް އަޅުކަން ކުރާނެ މިސްކިތެއްވެސް މީދޫގައި މީނާ ބިނާ ކުރިއެވެ.




#Article 33: ފާދިއްޕޮޅު (663 words)


ފާދިއްޕޮޅަކީ އުތުރުން ފެށިގެން ބަލާއިރު ދިވެހިރާއްޖޭގައި އޮތް 7 ވަނަ އަތޮޅެވެ. މި އަތޮޅުގައި އޮތީ މީހުން އުޅޭ 5 ރަށެވެ. އެއީ:-

ފާދިއްޕޮޅަކީ ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. މިއަތޮޅަށް ޅ. އަތޮޅުވެސް ކިޔައެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިއަތޮޅުގައި އޮންނަ ފާދޫ އަށެވެ. މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ ނައިފަރު އެވެ އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 55 އެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. ލާމަރުކަޒީ އުޞޫލުން މީހުން ދިރިއުޅެން އަލަށް އާބާދުކުރާ މާފިލާފުށި ހިމެނެނީވެސް މިއަތޮޅުގައެވެ. އަދި ސިނާއީ މަސައްކަތްކުރާ ކާރުޚާނާ ފެލިވަރު ޓޫނާ ޕްރޮސެސިންޕްލާންޓް ހިނގަމުންދަނީ މިއަތޮޅު ފެލިވަރުގައެވެ

ފާދިއްޕޮޅަކީ ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. މިއަތޮޅަށް ޅ. އަތޮޅުވެސް ކިޔައެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިއަތޮޅުގައި އޮންނަ ފާދޫ އަށެވެ. މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ ނައިފަރު އެވެ.  އަތޮޅުގެ އެންމެ ދިގުގޮތަށް ހުރީ 17.8 ނޯޓިކަލް މޭލެވެެ. އެއީ އޮޅުވެލިފުށިން މަޑިވަރަށެވެ. ފުޅާމިނަކަށް ހުރީ 14.2 ނޯޓިކަލް މޭލެވެ. އެއީ ކަނިފުށިން ފެހިގިއްޔަށެވެ.

މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ G އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 55 އެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. ލާމަރުކަޒީ އުޞޫލުން މީހުން ދިރިއުޅެން އަލަށް އާބާދުކުރާ މާފިލާފުށި ހިމެނެނީވެސް މިއަތޮޅުގައެވެ. އަދި ސިނާއީ މަސައްކަތްކުރާ ކާރުޚާނާ ފެލިވަރު ޓޫނާ ޕްރޮސެސިންޕްލާންޓް ހިނގަމުންދަނީ މިއަތޮޅު ފެލިވަރުގައެވެ. މީގެއިތުރުން ޓޫރިސްޓް ރިޒޯޓް ހިންގާ 4 ރަށް މިއަތޮޅުގައި އޮވެއެވެ.

އަތޮޅުގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު އިރުމަތީ ދުނި ފެށެނީ އަލިގާ އިންނެވެ. ނިމެނީ ފެހިގިލި އަށެވެ. އަތޮޅުގެ ހުޅަނގުދުނި ފެށެނީ ކަނިފުށިންނެވެ. ނިމެނީ ކުރެއްދޫ އަށެވެ.

މިއަތޮޅުގައި އާމްދަނީހޯދުމަށް ގިނަ ބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި، ވިޔަފާރިކުރުމާ، ވަޒީފާ އަދާކުރުމެވެ. އަތޮޅަކީ ދެމޫސުމަށްވެސް މަސްވެރިކަންކުރާ އަތޮޅެކެވެ. ނަމަވެސް ކުރެންދޫއާ އޮޅުވެލިފުށްޓަށް ފަޅުގެ ދަތިކަން ހުރުމާއެކު މަސްވެރިކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މަސްވެރިކަން އެންމެ އެދެވޭގޮތެއްގައި ކުރާރަށްރަށަކީ ނައިފަރެވެ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ތަފާތު ބާވަތްތަކުގެ ގަސްގާގެހި ހައްދާ ރަށެއްގެގޮތުގައި ކުރެންދޫ ފާހަގަކޮށްލެވެއެވެ.

ފާދިއްޕޮޅަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ފިޔަވައި ތަޢުލީމީގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. މިގޮތުން ޚާއްޞަގޮތެއްގައި މިއަތޮޅު ނައިފަރު ފާހަގަކޮށްލެވެއެެވެ. 

ނައިފަރުގައި ތަޢުލީމުގެ ބިންގާ އަޅުއްވާދެއްވީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް ޢަބްދުﷲ ފަހުމީ ދީދީ (ޖަލާލުއްދީނު) އެވެ. އެއީ ހިޖުރައިން 1352ޙ. ގައެވެ. ނައިފަރުގެ ތަޢުލީމީ ބިނާކަމުގައިވާ މަދުރަސަތުލް އިފްތިތާޙަކީ ކުރީގައި މުޅި އުތުރުގައި ތަޢުލީމީގޮތުން އެންމެ ކުރިއަރައިގެންއައި، ޤައުމަށް ބޭނުންތެރި އެތައް ދަރިންނެއް އުފައްދާފައިވާ މަދުރަސާއެކެވެ. ފަޚުރުވެރި މާޒީއެއްއޮތް މި މަދްރަސާއަކީ ރާއްޖޭގައި ހުރި ޢުމުރުން އެންމެ ގިނަދުވަސްވީ ދެވަނަ މަދްރަސާއެވެ. 

ހިންނަނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ 04-06-1981 ގައެވެ. މިސްކޫލް ހުޅުއްވާދެއްވީ 10-03-1984 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. މިސްކޫލަކީ ކުދިންނަށް ތަޢުލީމް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ސްކޫލެކެވެ. މިސްކޫލްގައި 2004 ވަނަ އަހަރު ޖީ.ސީ.އީ. އޭލެވެލްއަށް ކިޔަވައި ދޭން ފަށާފައިވެއެވެ. މިސްކޫލްގައި 537 އަންހެން ކުދިންނާއި 579 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދްރަސާގެ ބިންގާ އަޅުއްވާދެއްވީ 15-12-1983 ގައި އޭރު ފާދިއްޕޮޅު އަތޮޅުވެރިޔާގެ މަޤާމްގައި ހުންނެވި އަލްފާޟިލް ކުއްޅަވައް އިބްރާހީމްދީދީއެވެ. މި މަދްރަސާ ހުޅުއްވާދެއްވީ 09-03-1984 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. މިމަދްރަސާއަކީ 2002 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވާދެމުން ގެންދާ ސްކޫލެކެވެ. މިސްކޫލްގައި 233 އަންހެން ކުދިންނާއި 234 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. މީގެތެރޭގައި އަތޮޅުންބޭރު އެހެން ރަށްރަށުގެ ކުދިންވެސް ހިމެނެއެވެ.

އޮޅުވެލިފުށީ ސްކޫލަކީ ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލް 2005 ޖުލައިގެ ނިޔަލަށް ހިންގާފައިވަނީ އޮޅުވެލިފުށީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ސަރުކާރުން ހިންގާ ސްކޫލަކަށް މިސްކޫލް 2005 އޮގަަސްޓް 1 ން ފެށިގެން ވަނީ ބަދަލުކުރައްވާފައެވެ. މިސްކޫލްގައި 54 އަންހެން ކުދިންނާއި 44 ފިރިހެން ކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ. 

މިއަތޮޅު މާފިލާފުށީސްކޫލަކީވެސް ގްރޭޑް 7 ގެ ފެންވަރަށް ކުދިންނަށް ކިޔަވައިދެއްވަމުން ގެންދަވާ ސްކޫލެކެވެ. މިސްކޫލްގައި 10 އަންހެންކުދިންނާ، 17 ފިރިހެންކުދިން ތަޢުލީމް ޙާޞިލުކުރަމުން ގެންދެއެވެ.

އަދި 4 ޕްރީސްކޫލް މިއަތޮޅުގައި ހުރެއެވެ. މިސްކޫލްތަކުގައި ޢުމުރުން 3 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިނަށް ކިޔަވައި ދެމުން ގެންދެއެވެ. 

މި ދެސްކޫލަކީ ނައިފަރުގެ ރައްޔިތުންހިންގާ ދެސްކޫލެވެ.

 

މިސްކޫލަކީ ހިިންނަވަރު އަމިއްލަފަރާތަކުން ހިންގާ ސްކޫލެކެވެ.

މިސްކޫލަކީ ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ ސްކޫލެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ފުރަތަމަ ހުޅުއްވައި ދެއްްވި ޞިއްޙީމަރުކަޒު ހުޅުވުނީ މިއަތޮޅު ނައިފަރުގައެވެ. މިތަން ފުރަތަމަ ހުޅުވުނީ ހަމައެކަނި ބަލިމީހުންބަލާ ބޭސްއަޅާދޭ ތަނެއްގެ ގޮތުގައެވެ. އެއީ 12 މާރޗް 1964 ގައެވެ. 

މިމަރުކަޒުންދެވޭ ޚިދުމަތްތައް އިތުރުކޮށް ފެންވަރު ރަނގަޅުކުރުމަށް މިއަދާއި ހަމައަށް ކުރެވުނު ތަފާތު މަސައްކަތްތަކުގެސަބަބުން މިހާރު އެމަރުކަޒުވަނީ ފެންވަރުރަނގަޅު އެކަށީގެންވާ ޚިދުމަތްދޭ އަތޮޅުހޮސްޕިޓަލަކަށް ބަދަލުވެފައެވެ. ޞިއްޙީމަރުކަޒުގެ ނަން ޅ. އަތޮޅު ހޮސްޕިޓަލުގެ ނަމަށް ބަދަލުވީ 11 ޖޫން 2001 ގައެވެ. މިހޮސްޕިޓަލުން ޚިދުމަތް ލިބިގަތުމަށްޓަކައި ކ. ކާށިދޫ އަދި ނ. އަތޮޅުގެ ރަށްރަށުން ގިނަ ޢަދަދަކަށް މީހުން އަންނަކަން ފާހަގަކުރެވެއެވެ.
 
މީގެ އިތުރުން މިއަތޮޅުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ހިންނަވަރު ޞިއްޙީމަރުކަޒު، ކުރެންދޫ ހެލްތްޕޯސްޓް، އޮޅުވެލިފުށީ ހެލްތްޕޯސްޓް ހިމެނެއެވެ. އަލަށް އާބާދުވާ މާފިލާފުށްޓަކީވެސް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީ މަރުކަޒެއް ޤާއިމްކުރެވިފައިވާ ރަށެކެވެ.

މިއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގިނަ ގޯތިތައްހުންނަނީ ޒަމާނާ އެކަށީގެންވާ ފެންވަރަށް ރާނާފައެވެ. މިއަތޮޅުގައި މިހާރު މީހުންދިރިއުޅޭ ރަށްރަށަކީ ވަރަށްބޮޑަށް ބިމުގެ ދަތިކަން ފޯރާފައިވާ ރަށްރަށެވެ. މިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން ނައިފަރާ ހިންނަވަރުގެ ބިން ސަރުކާރުން ހިއްކަވާދެއްވާފައި ވެއެވެ. 

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ނައިފަރުގައި ބޭންކްގެ ޚިދުމަތް ދެއްވަންފެއްޓެވީ 26 ޖޫން 1990 ގައެވެ. ފުރަތަމަ ބޭންކްގެ ޚިދުމަތްދެއްވީ (ބޭސްގެ) ކިޔާ ޢިމާރާތުގައި މިހާރު ބޭންކް އޮފް މޯލްޑިވްސްގެ އުތުރުން ހުރި ޢިމާރާތުގައެވެ. ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގެ ނަމުގައި ޢިމާރާތެއް އަޅައި އެޢިމާރާތް ހުޅުވާދެއްވީ 15 މާރޗް 1995 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމެވެ.

މިއަތޮޅުގައި 13 ޖަމާޢަތް އުފެދިފައިވެއެވެ. ޒުވާނުންގެ މެދުގައި އިޖްތިމާޢީރޫޙް އާކޮށް އާލާކުރުމާއި ކުޅިވަރު ކުރިއަރުވާ ރަށުގެ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި މިޖަމާޢަތްތަކުން ޙަރަކާތްތެރިވެއެވެ.




#Article 34: ތިލަދުންމަތީ އުތުރުބުރި (167 words)


ތިލަދުންމަތީ އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮތް އިދާރީ އަތޮޅެވެ. މި އަތޮޅުގެ އިން ކަނޑައަޅާފައި އޮތީ ޠަބަޢީ އަތޮޅަކާއި ޠަބަޢީ އަތޮޅެއްގެ ބަޔަކާ އެއްކޮށްގެންނެވެ. އިދާރީ ގޮތުން ތިލަދުންމަތީ އުތުރުބުރިއެވެ، ކިޔޭ އަތޮޅުގެ އުތުރު ބަޔަކީ އިހަވަންދިއްޕޮޅު އެވެ. ދެކުނު ބަޔަކީ ބޮޑު ތިލަދުންމަތީގެ އުތުރު ކޮޅެވެ. ޖޯގްރަފީގޮތުން ތިލަދުންމަތީ އުތުރުބުރީ ބައިކުރެވިފައިވަނީ ތިލަދުންމަތީ ތުރާކުނު އުތުރު ފަރުން ފެށިގެން ތިލަދުންމަތީ މާރަންދޫ ފަރުގެ ދެކުނަށްދިޔަކަނުން ދަމާލެވޭ ރޮނގަކުން ފެށިގެން އުތީމުގެ ދެކުނުން ބާރަށުގެ ދެކުނު ފަރާހަމައިން ބާރަށު ކަނޑޯޅިއަށް ނިމޭގޮތަށެވެ. 

މި އަތޮޅުގައި އޮތް 42 ރަށުގެ ތެރެއިން މީހުން ދިރިއުޅެފައިވަނީ 16 ރަށުގައެވެ. ނަމަވެސް އެއަތޮޅު ބެރިންމަދޫ މީހުން 2006 ގައި  އެއަތޮޅު ހޯރަފުއްޓަށް ބަދަލުވުމާއި. އަދި އެއަތޮޅު ހަތިފުށީ މީހުން 2007 ގައި ހދ. ހަނިމާދޫއަށް ބަދަލުވުމާއެކު މިހާރު އެއަތޮޅުގައި މީހުން ދިރިއުޅެނީ  14 ރަށުގައެވެ. އަދި މިއަތޮޅަކީ ތާރީޚީގޮތުން މުޅިރާއްޖެއަށް މަޝްހޫރު އަތޮޅެކެވެ. އުތީމު ބޮޑުތަކުރުފާނު ދިރިއުޅުއްވި ގަނޑުވަރު ހުރީވެސް އެއަތޮޅު އުތީމުގައެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ކަނޑުމަތީގައި ބޭނުންކުރެއްވި އުޅަނދު ( ކަޅުއޮށްފުންމި ) ބެންނެވީ އެއަތޮޅު ބާރަށުގައެވެ. އަދި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލިތަކުރުފާނު ދިރިއުޅުއްވީ އެއަތޮޅު ތަކަންދޫގައެވެ. އެހެންކަމުން ހއ. އަތޮޅަކީ ފަޚުރުވެރި ތާރީޚެއް އޮތްއަތޮޅެކެވެ.

Haa Alif Atoll contains 43 islands. 14 of them are inhabited, and are classified as administrative island constituencies. Each of these constituencies have an 'island council' which responds to the North Thiladhunmathi Atoll Council.




#Article 35: ތިލަދުންމަތީ ދެކުނުބުރި (118 words)


ތިލަދުންމަތީ ދެކުނުބުރި އަކީ ދިވެހިރާއްޖޭގައި އުތުރުން ފެށިގެން އޮތް 2 ވަނަ އަތޮޅެވެ. މިއަތޮޅުގައި ވެރިކަން ކުރަނީ އަތޮޅުގެ އެންމެ ބައިބޯ ރަށް، ކުޅުދުއްފުށީގައެވެ. މި އަތޮޅުގެ ހަނިމާދޫ ގައި ސަރަހައްދީ ވައިގެ ބަނދަރެއް އޮވެއެވެ. ހަނިމާދޫ އޮންނަނީ ވެރިކަން ކުރާރަށް ކުޅުދުއްފުއްޓާ 20 ކިލޯމިޓަރު ރާސްތާއެއް ގައެވެ. ކުރީން މި އަތޮޅުގައި ވެރިކަން ކުރަމުން އައީ ނޮޅިވަރަންފަރުގައެވެ. ވެރިކަންކުރާރަށުގެ ގޮތުގައި ކުޅުދުއްފުށި ސަރުކާރުން ހަމަޖެއްސެވީ 6 މެއި 1992 ގައެވެ. އަތޮޅުގައި އޮންނަނީ ޖުމްލަ 35 ރަށެވެ. އޭގެތެރެއިން މީހުން ދިރި އުޅެނީ 16 ރަށުގައެވެ. ހދ.އަތޮޅުވެރިޔާ އަކީ އަލްފާޟިލް މުޙަންމަދު ދީދީއެވެ.

އަތޮޅުގައި ރައްޔިތުން ދިރުއޅުމަށްޓަކައި ކޮށްއުޅޭ މައިގަނޑު މަސައްކަތް ތަކުގެތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން، ރޯނުވެށުން، ފަންގެވިނުން، ވަޑާންކުރުން، ސަރުކާރުގެ ވަޒީފާ އަދާކުރުން، ވިޔަފާރިކުރުން، މާލެދަތުރުކުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުން، ބޯޓުދަތުރުކުރުން، ރޭނުމާއި، ސިމެންތީގެ މަސައްކަތް އަދި ކަނބުރުވެރިކަން ހިމެނެއެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ ދެ ޕްރައިމަރީ އިސްކޫލާއި އެއް ސެކަންޑަރީ އިސްކޫލުހުރެއެވެ. މީގެ އިތުރުން ރައްޔިތުން ހިންގާ ދެ ޕްރީ ސްކޫލް ހުރެއެވެ. ރަށުގައި ސިއްޚީ ޚިދުމަތް ދެމުންގެންދަނީ ސަރުކާރު ހޮސްޕިޓަލަކުންނެވެ. 




#Article 36: މިލަދުންމަޑުލު އުތުރުބުރި (153 words)


މިލަދުންމަޑުލު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އުތުރަށް ނިސްބަތްވާ އަތޮޅެކެވެ. މި އަތޮޅަކީ އުތުރުން ފެށިގެން 3 ވަނަ އަތޮޅެވެ.

މިލަދުންމަޑުލު އުތުރުބުރިއަކީ މިލަދުންމަޑުލު ދެކުނުބުރިއާއި ތިލަދުންމަތީ ދެކުނުބުރިއާއި ދެމދު އޮންނަ އަތޮޅެކެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ ނ. އަތޮޅު މިލަދުއަށެވެ. އުތުރުން މިއަތޮޅާއި ގުޅެނީ ހދ. އަތޮޅާއިއެވެ. ދެކުނުން ގުޅެނީ ނ. އަތޮޅާއި އެވެ. އަތޮޅުގެ އެންމެ ދިގު ގޮތުގައި ހުރީ 37މޭލެވެ. މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ ސީ. އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 51އެވެ. އޭގެތެރޭން މީހުން އުޅެނީ 14 އަށުގައެވެ.

މިއަތޮޅުގެ ވެރިކުރަނީ ފުނަދޫގައެވެ. ފުނަދުއަށް އަތޮޅުގެ ވެރިކަން ބަދަލުކުރެވުނީ 1968 ވަނަ އަހަރުގައެވެ. އޭގެކުރިން މިއަތޮޅުގެ ވެރިކަން ކުރީ ޅައިމަގުގައެވެ. 

މިއަތޮޅުގެ ގިނަ ރަށްތަކަކީ ވަރށް ކުދި ރަށްތަކެކެކެވެ. އަތޮޅުގައި އެންމެ ހެޓަރެއްވެސް ހަމަނުވާ 9ރަށް އެބައޮތެވެ. އެއީ އަތޮޅު ރަށްރށުގެ 18 އިންސައްތައެވެ. މިއަތޮޅުގެ މީހުން އުޅޭ ރައްތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑުރަށަކީ މިލަންދޫއެވެ. އެރަށުގެ ބޮޑުމިނަކީ 125.50 ހެކްޓަރެވެ. އަތޮޅުގައި މީހުން އުޅޭ އެންމެ ކުޑަރަށަކީ ކޮމަންޑުއެވެ. އެރަށުގެ ބޮޑުމިނަކީ 5.96 ހެކްޓަރެވެ. 

ށ،އަތޮޅުގެ އާމްދަނީ ހޯދުމަށް އެންމެ ގިނަބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމުގެ ތެރޭގައި ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާއި، އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރެއެވެ. މަސްވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ރަށަކީ ކޮމަންޑުއެވެ. ދަނޑުވެރިކަން އެންމެ ރަނގަޅި ފީވަކާއި ގޮއިދޫގައެވެ. މިއަތޮޅުގެ ބިލަތްފައްސަކީ އިލޮށްޓާއި ރުކުފަތިން ތަކެތިހެދުމގައި މުޅިރާއްޖެއިންވެސް މަޝްހޫރު ރަށެކެވެ. 




#Article 37: މާޅޮސްމަޑުލު އުތުރުބުރި (753 words)


މާޅޮސްމަޑުލު އުތުރުބުރި އަކީ ދިވެހިރާއްޖޭގައި އުތުރުން ފެށިގެން އޮތް 5 ވަނަ އަތޮޅެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ އުނގޫފާރެވެ. މާޅޮސްމަޑުލު އުތުރުބުރިއަކީ މީހުންއުޅޭ 15 ރަށާއި މީހުން ނޫޅޭ 88 ރަށުގެ މައްޗަށް އެކުލެވިފައިވާ އަތޮޅެކެވެ

އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު މާޅޮސްމަޑުލު އުތުރުބުރީގައި ދިރިއުޅޭ ޖުމްލަ އާބާދީއަކީ ނަވާރަ ހާސް ހަތްސަތޭކަ ފަންސާސް . މިއީ މުޅި ރާއްޖޭގެ އާބާދީގެ ފަހެއް ޕޮއިންޓް ހަތަރެއް އިންސައްތަ. މުޅިއަތޮޅުގެ އާބާދީއަށް ބަލާއިރު އާބާދީގެ ވިހި އިންސައްތަ ދިރިއުޅެނި ދުވާފަރުގައެވެ. އަތޮޅުގެ އާބާދީގެ ޖުމްލައަކީ ( މާރޗް 2012 ގެ ނިޔަލަށް ) 22372 އެވެ.   

ބޯހިމެނުމުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މާޅޮސްމަޑުލު އުތުރުބުރީގެ އާބާދީ އިތުރުވަމުން އަންނަ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ. މިގޮތުން އެންމެ ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ރަށަކީ ދުވާފަރެވެ. އެއަތޮޅުގައި އާބާދީ އެންމެ ބޮޑަށް މަދުވަމުންދާ ރަށަކީ އަނގޮޅިތީމް. 

މާޅޮސްމަޑުލު އުތުރުބުރީގެ އާބާދީގައި ގިނައީ އަންހެނުން. އެއީ ކޮންމެ ސަތޭކަ ފިރިހެނަކަށް ސަތޭކަ ސޯޅަ އަންހެނުން. އަތޮޅުގެ ރަށްރަށަށް ބަލާއިރު ޖިންސުގެ ނިސްބަތުން ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވޭ. މިގޮތުން އެންމެ ތަފާތު ބޮޑުކަމަށް ފާހަގަކުރެވެނީ އެއަތޮޅު އަނގޮޅިތީމުގައި. އެއީ ކޮންމެ ސަތޭކަ ފިރިހެނަކަށް ސަތޭކަ ތިރީސް އެއް އަންހެނުން. ޖިންސުގެ ނިސްބަތް އެންމެ ކުޑައީ ރަސްމާދޫގައި. އެއި ކޮންމެ ސަތޭކަ ފިރިހެނަކަށް ސަތޭކަ އެއް އަންހެނުން. 

މާޅޮސްމަޑުލު އުތުރުބުރިއަކީވެސް ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން މާލެއަށް ހިޖްރަކުރާ މީހުން ނިސްބަތުން ގިނަ އަތޮޅެއް. ބޯހިމެނި ދުވަސްވަރު އެއަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީވެފައިވާ ހަތަރު ހާސް އަށްސަތޭކަ ސޯޅަ މީހުން މާލޭގައި ތިބިކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކާ. މީގެތެރޭގައި އެންމެ ގިނައީ އެއަތޮޅު ދުވާފަރު މީހުން. އެއީ އެއް ހާސް ސާޅިސް ހަތަރު މީހުން. 

މާޅޮސްމަޑުލު އުތުރުބުރީގައި ލިޔަން ކިޔަން ދަންނަ ނިސްބަތަށް ބަލާއިރު އަތޮޅުގެ ނުވަދިހަ ހަތެއް އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަމީހުން. ޚާއްޞަކޮށް އިނގުރައިދޫގައި 99އިންސައްތަ މިހުންނަކީ ލިޔަންކިޔަން ދަންނަމީހުން. ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އެއަތޮޅުގައި ލިޔަންކިޔަންދަންނަ ނިސްބަތް އެންމެދަށީ އިންނަމާދޫގައި. އެރަށުގެ ލިޔަންކިޔަންދަންނަ މީހުންގެ ނިސްބަތަކީ 94އިން ސައްތަ. 

މާޅޮސްމަޑުލު އުތުރުބުރީގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، ހައަހަރުން މަތީގެ އާބާދީގެ ތެރެއިން އެންމެ ގިނަ މީހުން  ޙާސިލުކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ، ގްރޭޑް ދިހައެއްގެ ފެންވަރު. އަދި އޯލެވެލް ޙާސިލުކޮށްފައިވާ މީހުންގެ ޢަދަދުވެސް  ގިނަކަން ފާހަގަކުރެވޭ. މީގެއިތުރުން ގްރޭޑް ދިހައެއް އަދި އޯލެވެލް ފެންވަރަށް  ތަޢުލީމް ޙާސިލުކޮށްފައިވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ އިތުރު. ނަމަވެސް އޭލެވެލްއާއި، އެއަށްވުރެ މަތީ ފެންވަރަށް  ތަޢުލީމް ޙާސިލުކޮށްފައިވާ ފިރިހެނުންގެ ނިސްބަތް އަންހެނުންނަށްވުރެ އިތުރުކަން ބޯހިމެނުމުގެ ނަތީޖާއިން ދައްކާ.  

މާޅޮސްމަޑުލު އުތުރުބުރީގައި އެންމެ ގިނަ މީހުން އާމްދަނީ ހޯދުމުގެ ގޮތުން ޙަރަކާތްތެރިވާ ދާއިރާއަކީ އުފެއްދުންތެރިކަމުގެ ދާއިރާ. ދެވަނައަށް  ޙަރަކާތްތެރިވަނީ މަސްވެރިކަމުގެ ދާއިރާގައި.  ތިންވަނައަށް ޙަރަކާތްތެރިވާ ދާއިރާއަކީ ތަޢުލީމީ ދާއިރާ. އެއަތޮޅުގެ ފިރިހެނުން އެންމެ ގިނައިން ޙަރަކާތްތެރިވާ މަސައްކަތްތަކުގެ ތެރޭގައި އަތްތެރި މަސައްކަތާއި، އެއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކާއި، ދަނޑުވެރިކަމާއި، މަސްވެރިކަން ހިމެނޭ. އަންހެނުން އެންމެ ގިނައިން  ޙަރަކާތްތެރިވަނީ  އަތްތެރި މަސައްކަތާއި، އެއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކުގައާއި، ސަނަދުވެރި މަސައްކަތްތެރިންކަމުގައި ބެލެވޭ މަސައްކަތުގައި. 

މާޅޮސްމަޑުލު އުތުރުބުރީގައި އިޤްތިޞާދީގޮތުން ޙަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ ހަތްދިހަ ތިނެއް އިންސައްތަ. އަންހެނުންގެ ނިސްބަތަކީ ފަންސާސް ހަތެއް އިންސައްތަ. އެއަތޮޅުގެ ރަށްރަށަށް ބަލާއިރު، އިޤްތިޞާދީގޮތުން ޙަރަކާތްތެރިވާ އަންހެނުން އަދި ފިރިހެނުންވެސް އެންމެ ގިނައި ފައިނުގައި. ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މާޅޮސްމަޑުލު އުތުރުބުރީގައި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ ސަތާރަ އިންސައްތަ. މިފަދަ މީހުން އެންމެ ގިނައީ އެއަތޮޅުގެ އަނގޮޅިތީމުގައި. މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުޥާ އަންހެނުންވެސް އަތޮޅުގެ ނިސްބަތުން އެންމެ ގިނައީ އެރަށުގައި. އެއީ ހަތާވީސް ޕޮއިންޓް ފަހެއް އިންސައްތަ އަންހެނުންނާ އަށެއް ޕޮއިންޓް ތިނެއް އިންސައްތަ ފިރިހެނުން. 

މާޅޮސްމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅުމަށްޓަކާ ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއި،ދަނޑުވެރިކަމާއި ކިއްސަރު ވަޑާމާއި ތެދުއުއިވަޑާމުގެ މަސައްކަތެވެ. މީގެ އިތުރަށް ސިމެންތީގެ މަސައްކަތަކީވެސް އަތޮޅުގެ މީހުން ޢާއްމުކޮށް މައިގަނދު މަސައްކަތެއްގެ ގޮތުގައި ކުރަމުންގެންދާ މަސައްކަތެކެވެ. ކުރީޒަމާނުއްސުރެ މިއަތޮޅު މަޝްހޫރުވެފައިވަނީ ކިއްސަރުވަޑާމުގެ އަތޮޅެއްގެ ގޮތުގައެވެ.

އެއަތޮޅުގައި އެވްރެޖްކޮށް ފިރިހެނުން އަލަތު ކައިވެނިކުރާ ޢުމުރަކީ ބާވީސް އަހަރު. އަންހެނުން އަލަތު ކައިވެނިކުރާ ޢުމުރަކީ އަށާރަ އަހަރު. ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު މާޅޮސްމަޑުލު އުތުރުބުރީގައި އެވްރެޖްކޮށް އަންހެނަކަށް ލިބިފައިވަނީ ދެ ކުދިން. އެއަތޮޅުގައި ގިނަ މީހުން ވިހަނީ ފަންސަވީސް އަހަރާއި، އޮނަތިރީސް އަހަރާއި ދެމެދުގެ ޢުމުރުފުރާގައި. އެއަތޮޅުގެ ރަށްރަށަށް ބަލާއިރު، މަޑުއްވަރި، ހުޅުދުއްފާރު،މާކުރަތު، އަދި ރަސްމާދޫގައި ދަރިމައިވާ ރޭޓް ވަރަށް ބޮޑަށް ދަށްކަން ބޯހިމެނުމުގެ ނަތީޖާއިން ފާހަގަކުރެއްވޭކަމުގައި ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ. 
 

އުފުލަންދޫން މީހުން  ފައިބާ އެރަށް ފަޅުރަށަކަށް ވުމުން އަތޮޅުގައި އޮތް މީހުންއުޅޭ 16 ރަށުގެތެރެއިން އުނގުލާއި ގާއުނޑޫދޫ ގެ މީހުން ފަޅުގެ ދަތިކަމުން ލަފާފުރުމަށާއި ފުރާދުއްވާ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނާއި މީހުންދިރިއުޅުމަށްޓަކާ ގެދޮރުއަޅާނެ ބިންނެތި ބިންފުރިފައިވާތީ އެދެ ރަށުގައި އިތުރުވަމުންދިޔަ އާބާދީއަށް ފުރްޞަތެއްނެތުމުން މީހުންނަށް ދިރިއުޅުން ދަތިވެ ފަޅުގެ ދަތިކަން ކުޑަ ބިންބޮޑު ރަށަކަށް އެދެރަށުގެ ރައްޔިތުން ބަދަލުވާން ބޭނުންވާތީ އުނގުލާއި ގާއުނޑޫދޫގެ މީހުންގެ ގެދޮރަށާއި އެދެރަށުގައިހުރި އެމީހުންގެ އަމިއްލަ ރުއްގަހަށް  ސަރުކާރުންބަދަލުދެއްވުމަށްފަހު އެދެރަށުގެ މީހުން، އެމީހުން އެދުނުގޮތުގެމަތީން މިއަތޮޅު ހުޅުދުއްފާރަށް ބަދަލުކޮށްދެއްވީއެވެ. މިކަމަށްޓަކައި މިނިސްޓްރީއޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނުން 1992 ވަނަ އަހަރު ފެއްޓެވި މަޝްރޫޢުގެ މަސައްކަތް ނިމި ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްކަމުގައި 13 މާރޗް 1995 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރަސްމީގޮތުން އިޢުލާނުކޮށްދެއްވައި ރަށްހުޅުވައިދެއްވިއެވެ. 

އުނގުލާއި ގާއުނޑޫދޫގެ މީހުން ހުޅުދުއްފާރަށް ބަދަލުވެ އެދެރަށް ފަޅުރަށްރަށަށްވުމުން 26 ޑިސެންބަރ 2004 އާއިހަމައަށް އަތޮޅުގައި މީހުންއުޅޭ 15ރަށް އޮތެވެ. މި 15 ރަށުގެތެރެއިން ކަނދޮޅުދުއަށް 26ޑިސެންބަރ 2004 ގައި ރާއްޖެއަށް ކުރިމަތިވި ސްނާމީކާރިޘާ ގައި ރާޅުއަރާ މީހުންގެ ގޯތިގެދޮރަށާއި މުދަލާއި ރަށުގެ އެކިތަންތަނަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމާއިއެކު އެރަށުގައި މީހުންނަށް ދިރިއުޅެވެން ނެތުމުގެ ސަބަބުން ކަނދޮޅުދޫގެ ރައްޔިތުން ވަނީ އެއަތޮޅު ދުވާފަރު އާރާސްތު ކޮއް އެރަށައް ބަދަލު ކޮއްފައެވެ.ދުވާފަރުގައި މީހުން ދިރިއުޅެން ފެށީ 8 ޑިސެންބަރ 2008 ގައެވެ. 

މިއަތޮޅުގައި މީހުން ދިރިއުޅޭ ރަށް ރަށުގެ ބިމަށްބަލާއިރު އެންމެ ބިން ބޮޑު ކަމަށް ދައްކަނީ ހުޅުދުއްފާރާއި ފައިނު ގަ އެވެ. އެއީ 60 ހެކުޓަރެވެ. ދެން އެންމެ ބިން ބޮޑީ އަލިފުށީގައެވެ. އެއީ 59 ހެކުޓަރެވެ. ދެން މި އަތޮޅުގައި ބިން ބޮޑީ ކިނޮޅަހުގަ އެވެ. އެއީ 54 ހެކުޓަރެވެ. ދެން ބިން އެންމެ ބޮޑީ މާކުރަތާއި ދުވާފަރުގައެވެ. އެއީ 50 ހެކުޓަރެވެ.ދެން އެންމެ ބިން ބޮޑީ އިންގުރައިދޫގައެވެ. އެއީ 45 ހެކުޓަރެވެ. ދެން ބިން އެންމެ ބޮޑީ އަގޮޅިތީމުގައެވެ. އެއީ 39 ހެކުޓަރެވެ. ދެން ބިން އެންމެ ބޮޑީ ރަސްގަތީމާއި ވާދޫގައެވެ. އެއީ 38 ހެކުޓަރެވެ. ދެން ބިން އެންމެ ބޮޑީ މީދޫގައެވެ. އެއީ 35 ހެކުޓަރެވެ.ދެން ބިން އެންމެ ބޮޑީ އުނގޫފާރާއި އިންނަމާދުގައެވެ. އެއީ 33 ހެކުޓަރެވެ. ދެން ބިން އެންމެ ބޮޑީ ރަސްމާދުގައެވެ. އެއީ  25 ހެކުޓަރެވެ.އެނޮމެ ބިން ކުޑައީ މަޑުވަރީގައެވެ. އެއީ 21 ހެކުޓަރެވެ.

މި އަތޮޅުގެ ގިނަ ރަށް ރަށަކީ މިހާރުވެސް ބިންފުރި އަދި ވަރަށް އަވަހަށް ފުރޭނެ ރަށް ރަށެވެ. މަޑުވަރި، ދުވާފަރު ރަސްގަތީމު އަދި އިންގުރައިދޫ އަކީ މިހާރުވެސް ފުރިފައިވާ ރަށް ރަށެވެ. މާކުރަތް، ހުޅުދުއްފާރު، އުނގޫފާރު، މީދޫ އަދި އަލިފުށްޓަކީ 2020 ހާ ހިސާބުގައި ފުރޭނެ ރަށް ރަށެވެ.
 




#Article 38: ނިލަންދެއަތޮޅު އުތުރުބުރި (1365 words)


ނިލަންދެއަތޮޅު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ނިލަންދޫ އެވެ. މިއަތޮޅަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލެއާއި 70 މޭލު ދުރުގައި އަރިއަތޮޅުގެ ދެކުނުން ރާއްޖޭގެ ދެކުނުދުނީގައި އޮންނަ އަތޮޅެކެވެ. 

ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލޭގެ ދެކުނުން ގާތްގަނޑަކަށް 113.40 ކިލޯމީޓަރު ދުރުގައިވާ ނިލަންދެއަތޮޅު އުތުރު ބުރިއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ކުޑައަތޮޅެވެ. އަދި ފުވައްމުލަކު ފިޔަވައި މީހުން ދިރިއުޅޭ އެންމެ މަދު ރަށްތަކެއް ހިމެނޭ 3 އަތޮޅުގެ ތެރެއިން އެއްއަތޮޅުވެސް މެއެވެ. ނިލަންދެއަތޮޅު އުތުރުބުރިއާއި އެއްވަރަށް މީހުން ދިރިއުޅޭ ރަށްތަކެއް ދެން ހިމެނިފައިވަނީ އަތޮޅު ތަކަކީ  ފެލިދެ އަތޮޅު، އަދި ފާދިއްޕޮޅު އެވެ. މިއިން ކޮންމެ އަތޮޅެއްގައިވެސް ޖުމްލަ މީހުން ދިރިއުޅޭ 5 ރަށް އެކުލެވެއެވެ. މިއަތޮޅުގައި އޮންނަނީ ޖުމްލަ 23 ރަށެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. އެރަށްތަކަކީ ފީއަލީ، ބިލެއްދޫ، މަގޫދޫ، ދަރަބޫދޫ އަދި ނިލަންދޫއެވެ. މިއަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. މިއަތޮޅު މާފުއްޓަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ރަށެކެވެ. މިއަތޮޅުގައި ކުރިން މީހުން ދިރިއުޅެމުން ދިޔަ މިހާރު ފަޅުރަށެއް ކަމުގައިވާ ހިމިއްޗަކީ އަމިއްލަ ފަރާތަކަށް ދިގު މުއްދަތަކަށް ސަރުކާރުން ކުއްޔަށް ދެއްވާފައިވާ ރަށެކެވެ.

މިއަތޮޅު އޮންނަނީ އަރިއަތޮޅު ދެކުނު ބުރިއާއި، ނިލަންދެ އަތޮޅު ދެކުނު ބުރިއާއި ދެމެދު ގައެވެ. މިއަތޮޅުގެ ދިގުމިނުގައި 30 ކިލޯމީޓަރު ހުންނަ އިރު ފުޅާ މިނުގައި 27 ކިލޯ މީޓަރު ހުރެއެވެ. ސަރުކާރުގެ ހިންގުމުގެ އިދާރީ ގޮތުން ބޭނުންކުރެއްވުމަށް މިއަތޮޅަށް ދެވިފައިވާ އިގިރޭސި އަކުރަކީ L އެވެ. މިއަތޮޅުގައި މީހުން އުޅޭ 5 ރަށާއި، ފަޅު 18 ރަށް އޮވެއެވެ. މިއަތޮޅުގެ ބޮޑުމިނަކީ އުތުރުން ދެކުނަށް ގާތްގަނޑަކަށް ¾16 މޭލު، އަދި އިރުން ހުޅަގަށް ގާތްގަނޑަކަށް ½14 މޭލެވެ. އަތޮޅުއޮތީ އުތުރުޢަރުޟުން °03-'03 އާއި °03-'20 ދެމެދުއެވެ. 

މިއަތޮޅުގައި ވަރަށްގިނަ ކަނޑުއޮޅިތައް ހުރެއެވެ. މިއަތޮޅުގެ ވަށައިގެންވާ ފަރަކީ މާލެއަތޮޅުގެ ދެކުނުބުރިއަށްވުރެވެސް ރީތިކޮށް ފާހަގަކުރެވިފައިވާ ފަރެކެވެ. މިއަތޮޅުގެ އެތެރެވަރިއަކީ، ވަރަށް ބޮޑަށް ހުޅުވިފައިވާ އެތެރެވަރިއެކެވެ. ނަމަވެސް ބޮޑެތިފަރު މަދުމަދުން ނަމަވެސް އަތޮޅުތެރޭގައި ހުރެއެވެ. އަތޮޅުގައި އޮންނަ އެންމެ ބޮޑުފަޅަކީ ނިލަންދުއާއި ހިމިއްޗާއި ދޭތެރޭގައި އޮންނަ މާވަރު ފަޅުނަމަކަށް ކިޔާ ފަޅެކެވެ. ލަފާކުރެވޭގޮތުން މިފަޅުގައި ނިލަންދޫ ފަޅުގެ ދެގުނަ ހުންނާނެއެވެ.

އެންމެ ފަހުގެ ބޯހިމެނުން ދައްކާގޮތުން  މުޅިއަތޮޅުގެ  އާބާދީއަކީ 4790 މީހުންނެވެ.އެއީ 2435 ފިރިހެނުންނާއި،2355 އަންހެނުންނެވެ. އަތޮޅުގެ އެންމެ މަދުން މީހުން ދިރިއުޅޭ ދަރަބޫދޫގައި 398 މީހުން ދިރިއުޅޭއިރު އެންމެ އާބާދީ ބޮޑުރަށް ނިލަންދޫގައި 1670 މީހުން ދިރިއުޅޭމުން ގެންދެއެވެ. 

މުޅި ފ.އަތޮޅުގެ އާބާދީ އަށް ބަލާއިރު އާބާދީގެ 35 އިންސައްތަ ދިރިއުޅެނީ ވެރިރަށް ނިލަންދޫ ގައެވެ. 22 އިންސައްތަ ދިރިއުޅެނީ ބިލެއްދޫ ގައެވެ. އަތޮޅުގައި އާބާދީ އެންމެ ބޮޑަށް މަދުވަމުންދާ ރަށެއްކަމަށް ފާހަގަ ކުރެވިފައިވަނީ  ދަރަނބޫދޫ  އެވެ. 2000 ވަނަ އަހަރުން ފެށީގެން 2005 ވަނަ އަހަރުގެ ނިޔަލަށް އަތޮޅުގެ އާބާދީ އިތުރުވެފައިވާ ނިސްބަތަކީ 1.8 އެވެ.

ފ.އަތޮޅުގައި ކުރެވެމުންދާ އިޤްތިޞާދީ  މަސައްކަތަށް  ބަލާއިރު، ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތްތައް ގުރޫޕް ހަދައިގެން ކުރުމާއި، ވަޑާންކުރުން، ފަންގިވިނުމާއި، ރޯނު ވެށުމަކީ ވެސް މިއަތޮޅުގެ ރައްޔިތުން ކޮންއުޅޭ މަސައްކަތްތަކެވެ. އަތޮޅުގެ ވަރަށްގިނަ ބަޔަކު މާލޭގެ އެކިއެކި ވަޒީފާތަކުގައި އުޅޭކަން ވެސް ފާހަގަ ކޮށްލެވެއެވެ.މިއަތޮޅުގައި މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ. 

ފ.އަތޮޅުގެ ރައްޔިތުން އާއްމުދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމެވެ. ވަރަށް ގިނަ މީހުން ފާނައިގެ މަސައްކަތުގައި ހަރަކާތްތެރި ވެއެވެ. އިހިނެގުމާއި، ފަރުކެޔޮޅުކަން، އަދި ވަދު މަސްވެރިކަން ވެސް ކޮންމެސް މިންވަރަކަށް ކޮށް އުޅެއެވެ. ހަމަ މިހެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އާއި، ރިސޯޓްތަކުގެ ވަޒީފާތަކުގައި ވެސް އުޅެއެވެ. 

ދަނޑުވެރިކަމަކީ ވަރަށް ކުރިއްސުރެ މިއަތޮޅުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. ޚާއްޞަކޮށް ނިލަންދޫއަކީ ދަނޑުވެރިން ގިނަ ރަށެކެވެ. މިގޮތުން ފަތްކެޔޮ، ކަރާ، ކިއުކަމްބާ، ބަރަބޯ، ކައްޓަލަ، މިރުސް، ކޮޕީފަތް، ހިކަނދިފަތް. ކުއްޅަފިލާ ފަތް، ބަނބުކެޔޮ، އަތަ، ފޭރު، އަންނާރު، އަނބު، އަދި މިނޫނަސް ތަފާތު ބާވަތްތައް ހައްދައި އުޅެއެވެ.

އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް އަމިއްލަ ވިޔަފާރި ހިންގުން ދަނީ ފުޅާވަމުންނެވެ.

ފ.އަތޮޅަކީ ވެސް އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުން އަދި އަންހެނުންގެ ނިސްބަތް މުޅި ރާއްޖޭގެ އެވްރެޖަށްވުރެ މަތިކަން ފާހަގަ ކުރެވޭ އަތޮޅެކެވެ. އެގޮތުން ފ.އަތޮޅުގައި އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 73 އިންސައްތަ އެވެ. އަންހެނުންގެ ނިސްބަތަކީ 63 އިންސައްތަ އެވެ. މިއީ މުޅި ރާއްޖެ އަށް ބަލާއިރު މަތީ އަދަދެއްކަމަށް ފާހަގަ ކުރެވެއެވެ.

ފ.އަތޮޅުގެ ރަށްތަކަށް ބަލާއިރު އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުން އެންމެ ގިނައީ ފީއަލީގައެވެ. އެއީ 72 އިންސައްތަ އެވެ. އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެ ގިނައީ ނިލަންދޫ ގައެވެ. އެއީ 81 އިންސައްތަ އެވެ.

ފ. އަތޮޅު ތަޢުލިމީ ހާލަތަށް ބަލާއިރު ހުރިހާ ރަށެއްގައި ވެސް ގްރޭޑް  10 ގެ ފެންވަރަށް ކިޔަވައި ދެއެވެ. އެންމެ ފުރަތަމަ ގްރޭޑް 8 އުފައްދާފައިވަނީ ނިލަންދޫގައި ހުންނަ ފ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ. އެއީ 1996 ވަނަ އަހަރުއެވެ. އެންމެ ފަހުން ސާނަވީ ތަޢުލީމް ތަޢާރަފް ކޮށްފައިވަނީ ދަރަނބޫދޫ ގައެވެ. އެއީ 2005 ވަނަ އަހަރު އެވެ. ބެލެވޭ ގޮތުގައި މިއަހަރުގެ ޖީސީއީ އޯލެވެލްގައި ފ.ދަރަނބޫދޫ ސުކޫލްގެ ފަރާތުން ފުރަތަމަ ފަހަރަށް ބައިވެރިވާނެއެވެ.

ލިޔަން ކިޔަން ދަންނަ ނިސްބަތަށް ބަލާއިރު ފ.އަތޮޅުގެ 96 އިންސައްތަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ. ޚާއްޞަކޮށް މަގޫދޫގެ 98 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުން ކަން ފާހަގަ ކުރެވިފައި ވެއެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުގެ ނަތީޖާ ދައްކާ ގޮތުން ފ.އަތޮޅުގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ ދަށީ ދަރަނބޫދޫ ގައެވެ. އެރަށުގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 93 އިންސައްތަ އެވެ.

ފ.އަތޮޅުގެ ތައުލީމީ ފެންވަރަށް ބަލާއިރު 6 އަހަރުން މަތީގެ އާބާދީގެ ތެރެއިން އެންމެ ގިނަމީހުން ޙާޞިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ފެންވަރަކީ ގްރޭޑް 7 ގެ ފެންވަރެވެ. އަދި ހަމަމިހެން ފ.އަތޮޅުގައި ޖީސީއީ އޯލެވެލް ޙާޞިލްކޮށްފައިވާ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ގްރޭޑް ތައުލީމް ޙާޞިލްކޮށްފައިވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށް ވުރެ އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

ފ.އަތޮޅަކީ އާބާދީގެ ގޮތުން ކުޑަ އަތޮޅެއް ނަމަވެސް މަތީ ތަޢުލީމު އުގެނިގެން ތިބި ގިނަ ބަޔަކު ނިސްބަތުން ތިބި ރަށެކެވެ. އަދި މިހާރު ވެސް މަތީ ތައުލީމު އުގެނުމަށް އެތައް ބަޔަކު ރާއްޖެއިން ބޭރުގައި ކިޔަވަމުން ދެއެވެ. މިގޮތުން ހަމައެކަނި ވެރިރަށް ނިލަންދޫ އިން ވެސް މިހާތަނަށް 13 ފަރާތެއްވަނީ ފުރަތަމަ ޑިގްރީ އަށްވުރެ މައްޗަށް ތަޢުލީމް ޙާޞިލް ކޮށްފައެވެ. އޭގެ ތެރެއިން ދެފަރާތެއް މާސްޓާރސް ޙާޞިލް ކުރި އިރު އިތުރު ދެފަރާތެއް މާސްޓާރސް އަށް ކިޔަވަމުން ދެއެވެ. އަދި އިތުރު 14 ކުއްޖަކު ފުރަތަމަ ޑިގްރީ އަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކިޔަވަމުން އެބަދެއެވެ. ފީއަލިން ވެސް 3 ފަރާތެއް ފުރަތަމަ ޑިގްރީ އަށްވުރެ މައްޗަށް ތަޢުލީމް ޙާޞިލް ކޮށްފައެވެ.އަދި ދެފަރާތެއް މިހާރު ވެސް ކިޔަވަމުން ދެއެވެ. ދަރަނބޫދޫ އިން ވެސް އެކަކު ފުރަތަމަ ޑިގްރީ ޙާޞިލްކުރި އިރު ދެމީހަކު ދަނީ ކިޔަވަމުންނެވެ.

ފ.އަތޮޅުގެ ޞިއްޙީ ޙާލަތަށް ބަލާއިރު ދަރަނބޫދޫ ފިޔަވައި އެހެން ކޮންމެ ރަށެއް ގައި ވެސް ޞިއްޙީ މަރުކަޒެއް ހުރެއެވެ. ފ.އަތޮޅު ހޮސްޕިޓަލް ހުންނަނީ ފ.ނިލަންދޫ ގައެވެ. މިހޮސްޕިޓަލް ރަސްމީ ގޮތެއްގައި ހުޅުވުނީ 16 ޑިސެމްބަރު 2006 ގައެވެ. ދަރަނބޫދޫގައި ހުންނަނީ ޖަމާއަތުގެ ޞިއްޙީ އެހީތެރި އެކެވެ.. ދަރަނބޫދޫ އޮންނަނީ ވެރިރަށް ނިލަންދޫ އާއި ދާދި ކައިރީގައި ކަމަށްވުމާއެކު ދަރަނބޫދޫގެ ގިނަ ބަޔަކު ޞިއްޙީ ފަރުވާ ލިބިގަތުމަށް ނިލަންދޫ އަށް ދެއެވެ. ދަރަނބޫދޫގައި ހެލްތު ޕޯސްޓެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ދާދި ފަހުންވަނީ ފެށިފައެވެ.

މިއަތޮޅުގެ މަގޫދޫ ނޫން އެހެން ހުރިހާ ރަށެއްގެ ފަޅުކޮނެ ބަނދަރުވަނީ ހަދައި ދެއްވާފައެވެ. ސަރުކާރުން ހިންގަވާ ފަޅު ފުންކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ފ.އަތޮޅުގެ ގިނަ ރަށްތަކުގައި މިހާރު ވަނީ ފަޅުފުންކޮށް ބަނދަރު ހަދައިދީ ނިންމާފައެވެ. އެންމެ ފުރަތަމަ ފަޅު ފުންކޮނެ ބަނދަރު ހަދައި ދިނުމުގެ މަޝްރޫޢު ހިންގާފައިވަނީ ވެރިރަށް ފ.ނިލަންދޫގައެވެ. އެންމެ ފަހުން މިމަޝްރޫޢުގެ ދަށުން ފަޅު ފުންކޮނެ ބަނދަރު ހަދައި ދީފައިވަނީ ފ. ދަރަނބޫދޫ ގައެވެ. މިމަޝްރޫޢުގެ ދަށުން ފަޅު ފުންކޮނެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ފ.ފީއަލީގައެވެ. އެންމެ ފުރަތަމަ ހަދާފައިވާ ނިލަންދޫ ބަނދަރާއި، ދެވަނަ އަށް ހަދާފައިވާ ބިލެއްދޫގެ ބަނދަރު ސުނާމީ، އަދި ދާދި ފަހުން ކުރިމަތިވި އުދައިގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައެވެ.

އަތޮޅުގައި އޮތް އެންމެ ބޮޑު ފަޅުރަށް، ފިލިތެޔޮ އަކީ ވާލީ ބްރަދާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަމުން ގެންދާ ރިޒޯޓެކެވެ. އަދި ވިބީ ބްރަދާސްގެ ފަރާތުން މާފުށީގައި ޔޮޓް މެރީނާއެއް ހަދައި ހިންގަމުން ގެންދެއެވެ. ފ.އަތޮޅުގައި ކުރިން މީހުން އުޅުނު ހިމިތި އަދި ހިމިތި ކައިރީގައިވާ މިނިމަސްގަލި، އަދި ފިލިތެޔޮ ކައިރީގައި އޮންނަ ޖިންނަތު ގައު ފަދަ ރަށްތައް ފަތުރުވެރި ރަށްތަކެއްގެ ސިފައިގައި ތަރައްގީ ކުރެވިއްޖެނަމަ ފ.އަތޮޅުގެ އިގްތިޞާދަށް އިތުރު ހަލުއިކަމެއް އަންނާނޭ ކަމަށް ފެނެއެވެ. އަދި މިބުނި 3 ރަށް ޓޫރިސްޓް ރިސޯޓް ތަކުގެ ގޮތުގައި ތަރައްގީ ވެގެން ދިއުމަކީ މިއަދު ފ.އަތޮޅު ކޮންމެ ރައްޔިތަކުމެ ދެކެމުންދާ ހުވަފެނެކެވެ.

ފ.އަތޮޅުގައި އެވްރެޖްކޮށް ފިރިހެނުން ކައިވެނިކުރާ އަލަތު އުމުރަކީ 22 އަހަރެވެ. އަންހެނުން އަލަތު ކައިވެނި ކުރާ އުމުރަކީ 17 އަހަރެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ފ.އަތޮޅުގައި އެވްރެޖްކޮށް އަންހެނަކަށް ލިބެނީ 4 ކުދިންނެވެ. އަދި ގިނަމީހުން ވިހަނީ 15 އަަހަރާއި 19 އަހަރާއި ދެމެދުގެ އުމުރު ފުރާގައި ކަން ފާހަގަ ކުރެވިފައި ވެއެވެ.

މިއަތޮޅުގައިހުރި ތާރީޚީ ރަށްރަށަކީ ނިލަންދޫއާއި ހިމިއްޗެވެ. ނިލަންދޫގައި ފޯއްމަތި ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދެއް އޮވެއެވެ. ނިލަންދޫގައިވާ އާޘާރީ ތަނަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް މިއަތޮޅު ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘަރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

މިއަތޮޅު އަތޮޅު އޮފީސް ނިލަންދުއަށް ސަރުކާރުން ބަދަލު ކުރެއްވުމާއި ގުޅިގެން މަގޫދޫގައިހުރި އަތޮޅު ރައްޔިތުންގެ ވިޔަފާރިވެސް 05 މެއި 1999 ގައި ނިލަންދުއަށް ބަދަލުކުރިއެވެ. އޭރު އަތޮޅުސްޓޯރުގެ ވިޔަފާރި ކުރަމުން ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިހާރު އަތޮޅު ސްޓޯރަކީ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަކުރަމުން ދާ ތަނެކެވެ. ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެއްޗާއި، ކާބޯ ތަކެތީގެ އިތުރުން ޢާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހައި ތަކެއްޗެއް އަތޮޅުސްޓޯރުން މިހާރު ލިބެން ހުރެއެވެ.

ޔުނިސެފުގެ އެހީގައި ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޓީޗަރސް ރިސޯސް ސެންޓަރު ހުންނަނީ މިއަތޮޅު އަތޮޅުތަޢުލީމީ މަރުކަޒުގައެވެ. މިރިސޯސް ސެންޓަރުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމު ކޮށްފައިވާ ޓީޗަރުން ތަމްރީނުކުރާ ބަޔަކާއި ކޮމްޕިއުޓަރު ލެބެއް ހުރެއެވެ. މިކޮމްޕިއުޓަރ ލެބުގައި 20 ސިސްޓަމް ހުރެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ޓީޗަރސް ރިސޯސް ސެންޓަރެވެ. މިސެންޓަރުގެ ޚިދުމަތް 31 އޮކްޓޯބަރ 2006 ން ފެށިގެން ލިބެމުން ދިޔަ ކަމުގައި ވިޔަސް މިސެންޓަރު ރަސްމީ ގޮތުން ހުޅުވާފައިވަނީ 26 ނޮވެމްބަރ 2007 ގައެވެ. މިކޮމްޕިއުޓަރ ލެބުގައި 24 ގަޑިއިރު އިންޓަރނެޓުގެ ޚިދުމަތް ލިބެން ހުރެއެވެ.

ޢަބްދުﷲ އިސްމާޢީލްގެ ހަނދާނުގައި ސަރުކާރުން މިއަތޮޅުގައި ލައިބުރަރީއެއް ބިނާކޮށް ދެއްވާފައި ވެއެވެ. އެތަންބަލަހައްޓަވަމުން ދަނީ ސަރުކާރުންނެވެ. މިއަތޮޅު މަގޫދޫގައި އަތޮޅުވެރިކަން ކުރިއިރު ލައިބްރަރީ ހުރީ މަގޫދޫގައެވެ. ލައިބުރަރީ މަގޫދޫން ނިލަންދުއަށް ބަދަލުކޮށްފައިވަނީ 07 ޖޫން 2000 ގައެވެ. 

ޢަބްދުﷲ އިސްމާޢީލްގެ ހަނދާން ދިރުވާ އާލާކުރުމުގެ ގޮތުން 1983 ވަނަ އަހަރުން ފެށިގެން މުޅިއަތޮޅަށް އެވޯޑް އިމްތިޙާނެއް ބާއްވައި އިމްތިޙާނުން އެއްވަނަ ހޯދާ ކުއްޖަކަށް ގްރޭޑް 12 ނިމެންދެން ސަރުކާރު ޚަރަދުގައި ކިޔަވައި ދެމުން ދެއެވެ. ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތީގެ އިތުރުން ޔުނީފޯމާއި ހުރުމުގެ ޚަރަދުވެސް ސަރުކާރުން ދެއްވައެވެ. މިގޮތުން 1995 ވަނައަހަރުގެ ނިޔަލަށް ކިޔަވައިދެމުން ގެންގޮސްފައިވަނީ އަހަރަކު އެއްކުއްޖަކަށެވެ. 1996 ވަނަ އަހަރުން ފެށިގެން އަހަރަކު 02 ކުދިންނަށް ކިޔަވައި ދެމުން ގެންދެއެވެ.

ހިމިއްޗަކީ 14 މެއި 1970 އާ ހަމައަށް މީހުން ދިރިއުޅެމުން އައި ރަށެކެވެ. އެރަށުގައި ދިރިއުޅެމުންދިޔަ މީހުން އެކި ރަށްރަށަށް ހިޖުރަކޮށް އެރަށުގައި އެންމެފަހުން ތިބި 23 މީހުން އެރަށުން ފައިބާ އެރަށް ފަޅުވެފައިވަނީ މިދެންނެވި ތާރީޚުގައެވެ. އެރަށުގެ ގިނަމީހުން ހިޖުރަކޮށްފައިވަނީ މާލެ އަތޮޅު މާފުއްޓަށާއި މިއަތޮޅު ފީއަލި، ނިލަންދޫ އަށެވެ. މިނޫން ބައެއް ރަށްރަށަށްވެސް އެރަށުގެ ބައެއް މީސްމީހުން ހިޖުރަކޮށްފައި ވެއެވެ. ހިމިތީން މީހުން ފޭބި ސަބަބެއް ކަމުގައިވަނީ އެރަށުގައި މީހުން މަދުވެ ދިރިއުޅުމަށް ދަތިވެގެންނެވެ. 

ހިމިއްޗަކީ މީހުން ދިރިއުޅުނުއިރު އެރަށުގައި ދުއްވި އޮޑިފަހަރު ސިލޯނަށާއި، އިންޑިޔާއަށް އަދި ބަންގާޅަށް ދަތުރުކޮށްގެން މުދާގެނެސްފައިވާ ރަށެއް ކަމަށް ބުނެވޭ ރަށެކެވެ. ހިސާބު ޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތަކީވެސް ހިމިތީ ބޭފުޅެކެވެ.




#Article 39: ކޮޅުމަޑުލު (422 words)


ކޮޅުމަޑުލަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ވޭމަންޑޫއެވެ. ހިންދުކަނޑުގެ ޖަޒީރާ ޤައުމު  ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ދެކުނަށް100 ވަރަކަށް މޭލުގެ ރާސްތާއަކަށް ގޮނޑުކޮށްލެވޭ ” ކޮޅުމަޑުލު“ މިއަތޮޅަށް ލިބިފައިވާ ޚާއްޞަ ސިފައަކީ ރާއްޖޭގެ އަތޮޅުތައް ދެދުންޏަށް ބެހިފައިވާއިރު ދެދުނީގެކޮޅު ބެދޭގޮތައް މިއަތޮޅު އޮތުމެވެ. މިއަތޮޅަކީ ރާއްޖޭގައި މިވަގުއޮތް އެންމެބޮޑެތި އަތޮޅުތަކުގެތެރެއިން އެއްއަތޮޅެވެ. ދިގުމިނުގައި 29 މޭލު ފުޅާމިނުގައި 23 މޭލުހުރި މިއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށާއި 51 ފަޅުރަށްއޮވެއެވެ.

އަތޮޅު ޖިއޮގުރަފީގޮތުން ( 73.08.13.94 E / 2.21.43.86 N ) އޮތްއޮތުން އަތޮޅުގެ ނަމާއިވަނީ ގުޅިލާމެހިފައެވެ. 

މުސްކުޅިބަހުގައި އަތޮޅަށް ” މަޑުލު “ ކިޔާކަމަށް ތާރީޚް ޢިލްމުވެރިން ވިދާޅުވެއެވެ. ތާރީޚްގެ ޢިލްމުވެރިންގެ  ބަހަކީ  މިއަތޮޅަކީ ރާއްޖޭގެ ދޮށި އަތޮޅުތަކުގެ ތެރެއިން އަތޮޅެއްކަމަށެވެ. އެއީ ރާއްޖޭގެ އަސްލުވަޒަންވެރިން މީލާދީން 9 ވަނަ 
ަރުނުގައި އުޅުނުކަމުގެ ހެކި ލިބިފައިވާތީއެވެ. މިގޮތުން ކަނިމީދޫއާއި އެލާ އާއި ކިނބިދޫ ވޭމަންޑޫ ހިރިލަންދޫ ވަންދޫއާއި ކަނޑޫދޫގެ ނަން އެމީހުން ހިމަނައެވެ. ކަނިމީދޫ އާއި އެލަޔަކީ މިހާރު ފަޅުދެރަށެވެ. 
އަތޮޅަކީ ރަސްމަތިފުށު އަތޮޅެކޭ ބުނެވިދާނެއެވެ. މަޝްހޫރު ދިޔަމިގިލީ ރަދުން ނިސްބަތްވަނީ މިއަތޮޅު ދިޔަމިގިއްޔަށެވެ. އެދަރިކޮޅުންވަނީ ރާއޖޭގައި ރަތަރު ރަސްކަލުން ރަސްކަން ކޮށްފައެވެ. އަދި ހަމައެހެންމެ ބޮޑުރަސްގެފާނާއި ، އެރަދުންގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނަކީ މިއަތޮޅު މަޑިފުއްޓަށް ނިސްބަތްވާ ދެރަދުންނެވެ. 
ބޮޑުތަކުރުފާނާއެކުގައި ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަން ކުރެއްވުމަށް މަތިވެރި ޖިހާދުގައި މަތިވެރި ގުރުބާނީތަކެއް އުފުއްލެވި ދެހާޖީންނަކީ ތިމަރަފުއްޓަށް ނިސްބަތްވާ ދެބޭކަލުންނެވެ. 
މިނޫނަސް ދޮންހިޔަލަ އަލިފުޅުގެ ، ވަންދޫ ނެވިމުހައްމަދު ފަދަ ތާރީޚީ ބޭބޭފުޅުން މިއަތޮޅުގެ މާޒީ އާއި އެކުވެ ގޮސްފައިވެއެވެ. މިދެންނެވި ފަރާތްތަކަށް އަޅުގަނޑު މެންނަށް ލިބިހުރި މިންވަރަކުން ތަފްޞީލް މީގެ ފަހަތުން ގެނެސްދެވޭތޯ އެބަ މަސައްކަތް ކުރަމެވެ.

އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ 2006 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު، 28 މާރޗް 2006ގައި ކޮޅުމަޑުލުގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާބާދީއަކީ، 8493 އެވެ. އެއީ 4216 ފިރިހެނުންނާއި، 4277 އަންހެނުންނެވެ. މުޅިރާއްޖޭގެ އާބާދީގައި ތ އަތޮޅު ހިއްސާކުރަނީ 2.84 އިންސައްތައެވެ. 

ކޮޅުމަޑުލުގެ އާބާދީގެ 15 އިންސައްތަ މީހުން ދިރިއުޅެނީ ތިމަރަފުށީގައެވެ. 13 އިންސައްތަ މީހުން ދިރިއުޅެނީ ގުރައިދޫއާއި ބުރުނީގަ. ބުރުނީގެ އާބާދީ އިތުރުވެފައިވަނީ ސުނާމީއާއި ގުޅިގެން ވިލުފުށީގެ ބޮޑުއާބާދީއެއް އެރަށުގައި ދިރިއުޅޭތީއެވެ.. ތ އަތޮޅުން އެންމެބޮޑަށް އާބާދީ މަދުވަމުންދާ ރަށަކީ ގާދިއްފުއްޓެވެ. އަދި ތ އަތޮޅުގެ ޖުމުލަ އާބާދީ އިތުރުވާރޭޓް އަންނަނީ މަދުވަމުންނެވެ. 2006ގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މުޅިރާއްޖޭގެ އާބާދީގައި ނިސްބަތުން ގިނައީ ފިރިހެނުން ނަމަވެސް ތ އަތޮޅުގައި އާބާދީގެ ނިސްބަތުން ގިނައީ އަންހެނުންނެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް ނުވަދިހަނުވަ ފިރިހެނުންނެވެ. މިގޮތުން ޖިންސްގެ ތަފާތު ބޮޑުކަމަށް ފާހަގަ ކުރެވިފައިވަނީ ހިރިލަންދޫގައެވެ. އެއީ ކޮންމެސަތޭކަ އަންހެނަކަށް (113) ސަތޭކަ ތޭރަ ފިރިހެނުންނެވެ. ޖިނސްގެ ނިސްބަތް އެންމެ ކުޑައީ ކަނޑޫދޫގައެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް އަށްޑިހަ ފަސް ފިރިހެނުންނެވެ.

ތ އަތޮޅުގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް މުޅިރާއްޖޭގެ އެވްރެޖަށް ވުރެ މަތި. ތ އަތޮޅުގައި އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 76 އިންސައްތަ އެވެ. އަންހެނުންގެ ނިސްބަތަކީ، 63 އިންސައްތައެވެ. މިއީ މުޅިރާއްޖެއަށް ބަލާއިރު މަތީ ޢަދަދެކެވެް. ތ އަތޮޅުގެ ރަށްރަށަށް ބަލާއިރު އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންނާއި އަންހެނުން ނިސްބަތުން އެންމެ ގިނައީ ގާދިއްފުށީގައެވެ. އެއީ 78 އިންސައްތަ އަންހެނުންނާއި، 98 އިންސައްތަ ފިރިހެނުންނެވެ. ގާދިއްފުށީގައި އިޤުތިޞާދީގޮތުން ހަރަކާތްތެރިވާ ނިސްބަތް އެންމެ މަތިކަމަށް ދައްކަނީ،އެރަށުގައި ދިރިއުޅެނީ ވަރަށް ކުޑައާބާދީއެއް ކަމަށްވެފައި، ރަށުގައިތިބޭ މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ގިނަބަޔަކު ވަޒީފާ އަދާ ކުރާތީއެވެ.2006 ވަނަ އަހަރުގެ ބޯހިމެނުމުގައި ތ އަތޮޅުގައި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ 22 އިންސައްތައެވެ. އަދި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައި ނުވާމީހުން އެންމެ ގިނައީ، އެއަތޮޅު ކިނބިދޫއާއި ދިޔަމިގިލީގަައެވެ. އަދި އަތޮޅުގެ ނިސްބަތުން މަސައްކަތެއް ހޯދަންއުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުން އެންމެ ގިނައީވެސް މިދެރަށުގައެވެ. މިގޮތުން މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުންގެ ނިސްބަތް ފިރިހެނުންގެ ނިސްބަތަށްވުރެ އިތުރެވެ. އެއީ 10 އިންސައްތަ ފިރިހެނުންނާއި، 36 އިންސައްތަ އަންހެނުންނެވެ




#Article 40: ހައްދުންމަތި (724 words)


ހައްދުންމައްޗަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ކުރީގެ ވެރިރަށަކީ ހިތަދޫ ކަމުގައި ވިޔަސް މި އަތޮޅުގެ ވެރިކަން މިހާރު ކުރަނީ ފޮނަދޫ ގައެވެ.
މެއި 13 - 1964 – ދިވެހިރާއްޖެ:- ލ.އަތޮޅު އޮފީސް، ލ.ދަނބިދޫ އިން ލ.ހިތަދޫ އަށް ބަދަލުކުރުން

ޠާހާ އަބޫބަކުރު، ލ. ގަން

ލ.އަތޮޅު މީހެއްކަން އެނގުމުން ސަމާސާއަށް ހަދާފައިނަމަވެސް ބައްދަލުވާ ވަރަށް ގިނަމީހުން މުޚާޠަބުކުރާ ޖުމްލައެކެވެ. ލ.އަތޮޅު މީހުންނަކީ ހައްދުން މަތީގައި (ހައްދު ފަހަނަޅާފައި ނުވަތަ ހައްދުން ނެއްޓިފައި) ތިބޭ ބަޔެކެވެ. ލ.އަތޮޅުގައި ނުރައްކާތެރި ހާދިސާއެއް، ވައްކަމެއް ނުވަތަ މާރާމާރީއެއްފަދަ ކަމެއް ހިނގައިގިނަމަ އެޚަބަރަކާ ގުޅިގެން ވެސް ވަރަށް ގިނަ ފަހަރު މި މޭރުމުން ބުނެއުޅެތެވެ. ދުލަކު ނުހިފެހެއްޓޭނެތާ އެވެ. ނަމަވެސް ކަން އޮތްގޮތް ސާފުވޭތޯ މަސައްކަތްކުރުމަކީ ނެތްކަމެއް ނޫންކަމަށް ދެކެމެވެ.

ހައްދުންމައްޗަކީ ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ އަތޮޅެކެވެ. މި ކަމުގެ ހެކިތަކަކީ ހައްދުންމަތީގެ އެކި ރަށްރަށުގައި ފެންނާންހުރި ބުދުދީނުގެ އާޘާރުތަކެވެ. އަދި މިއަތޮޅުގެ މިސްކިތްތަކުން ފެނުނު ލޯމާފާނުތަކެވެ. މިހާރު ފެންނާން އޮތް 4 ލޯމާފާނުގެ ތެރެއިން 3 ލޯމާފާނަކީ ހައްދުންމަތީގެ ރަށްރަށުން ފެނުނު ލޯމާފާނެވެ. އެއީ ގަމު ލޯމާފާނު (1194/1195މ.)، އިސްދޫ ލޯމާފާނު (1195/1196މ.)، އަދި ދަނބިދޫ ލޯމާފާނު (1196/1197މ.)އެވެ.  ރަސްރަސްކަލުންގެ ރަސްމީ ފަތްކޮޅުތަކެއްގެ ގޮތުގައި ލޯފޮތިތަކެއްގައި ލިޔެފައިވާ ލޯމާފާނުތަކަކީ މިހާރު ފެންނާންހުރި ދިވެހި ލިޔުންތަކުގެތެރެއިން އެންމެ އިތުބާރުކުރެވޭ އެންމެ ގިނަ ދުވަސްވީ ލިޔުންތައް ކަމުގައި ދިވެހި މުއައްރިޚް ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވައެވެ.

އިސްދޫ ލޯމާފާނުގައި ހައްދުންމަތީގެ ނަމަކަށް ދީފައިވަނީ ސަތު ދުވު (SATU DUVU) އެވެ. އިސްދޫ ލޯމާފާނުގައިވަނީ ހައްދުއްމަތީ އިސްދޫ ގެ ވާހަކަ އެވެ. އެރަށުގެ ވޭރާއި އެވޭރާ ގުޅޭ ތަންތަން މުގުރައި ބުދުތައް އުފުރައި، ވޭރު ހުރި ތަނުގައި ހުކުރު މިސްކިތް ބިނާކުރެވުނު ވާހަކަ އާއި، ވޭރަށް ހުރި ދަރުމަތައް ހުކުރު މިސްކިތަށް ބޯގަކުރެވުނު ވާހަކަ އާއި، ރުހުމުގައި އިސްލާމްވި މީހުންނާއި، އިސްލާމް ނުވި މީހުންނާއި، އިސް ހާމުދުރުއާއި އޭނާގެ އެހީތެރިންނާއި މެދު، ކަންތައް ކުރެވުނު ގޮތާއި، އިސްދޫގެ ރައްޔިތުން، އަލުން ބައިބަޔަށް ނުވަތަ ޢާއިލާތަކަށް ބެހި ވާހަކަ އެވެ.
 
ދަނބިދޫ ލޯމާފާނުގެ 10 ވަނަ ލޯފޮތީގެ ދެވަނަ ފުށުގެ 5 ވަނަ ފޮޅުވަތުގައިވަނީ  ސަތުދުވުމައްތެ ކަލައިދުވު ތިބި ދަބުދުވެން މާރުއްދަ އެވެ. މި ޖުމްލައިގެ މާނައަކީ ހައްދުންމަތީ ކަލައިދޫގައި އޮންނަ ދަނބިދޫ ރައްޔިތުންގެ މާރުއްދަނޑު އެވެ. އަޅުގަނޑަށް ފެނިފައިވާ ލިޔުންތަކުގެ ތެރެއިން ލ.އަތޮޅުގެ ނަން ލިޔެވިފައިވާ އެންމެ ކުރީގެ ލިޔުމަކީ މިއެވެ. ދަނބިދޫ ލޯމާފާނު ލިޔެފައިވަނީ ހިޖުރީ ސަނަތުން ބަލާނަމަ 593 ގައެވެ. މީލާދީ ސަނަތުން ބަލާނަމަ މި އަހަރު ދިމާވާ ދުވަސްވަރަކީ 1196 ވަނަ އަހަރުގެ ނޮވެމްބަރ 24 އިން 1197 ވަނަ އަހަރުގެ ނޮވެމްބަރ 12 ވަނަ ދުވަހާއި ދެމެދުގެ ދުވަސްވަރެކެވެ. މި ލޯމާފާނުގައި ބަޔާންކުރެވިފައިވަނީ ސްރީ ގަޑަނާދީއްތަ ރަދުންގެ ރަސްކަމުގެ ހަތަރުވަނަ އަހަރުތެރޭގައި އެރަދުންގެ އަމުރުފުޅަށް ދަނބިދޫގައި ހުރި ބުދު ދީނުގެ ވޭރު ނައްތާލައްވައި، ބުދުތައް މުގުރުއްވައި، އެރަށުގައި ތިބި ކާފަރުން އިސްލާމްކުރައްވައި އެ ރަށުގައި މިސްކިތެއް ބިނާކުރައްވައި އެ މިސްކިތުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ކުރެއްވި ކަންތައްތަކުގެ ވާހަކަތަކެވެ.

މަތީގައި ދެންނެވުނު ދެ ލޯމާފާނުގައިވާ ގޮތުން ހައްދުންމަތީގެ އެންމެ ޤަދީމީ ނަމަކީ، ސަތުދުވު  ނުވަތަ ސަތުދުވުމައްތެ އެވެ. ސަތުދުވު މި ލަފްޒަކީ އެވޭލާ ދިވެހިބަހުގެ ފެށުން އެބަހަކުން އައިސްފައިވާ ސާންސްކްރިތު ލަފުޒެއްކަމާއި މާނައަކީ ހަތް ރަށް ކަމަށް ބަހަވީ ޢިލްމުވެރިން ވިދާޅުވެއެވެ.  ސާންސްކްރިތު ބަހުން ސަތު އަކީ ހަތެއް ނުވަތަ ތެދު އެވެ. އަދި ދުވު އަކީ ރަށް ނުވަތަ ޖަޒީރާ އެވެ. ޖުމްލަ މާނައަކީ ހަތް ރަށް އެވެ. އަދި ސަތުދުވުމައްތެ މިލަފްޒްގެ މާނައަކީ ހަތްރަށުގެ މައްޗަށް ބިނާވެގެންވާ (އަތޮޅު) އެވެ. ދިވެހި މުއައްރިޚް އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާގޮތުގައި މިއަތޮޅުގެ ނަންވެސް އައިސްފައި އޮތީ އެއަތޮޅުގައި ދޫ (ރަށް) ކިޔާ 7 ރަށަށްވުރެ ގިނަރަށް އޮތުމުންނެވެ. އެގޮތުން ސައްދުވު މަޑުލު އަކީ ވެސް މިއަތޮޅަށް ނިސްބަތްކުރެވޭ ނަމެއްކަމަށް ލުޠުފީ ލިއުއްވައެވެ.

މީލާދީން 1343/1344 ވަނަ އަހަރު ރާއްޖެ ދުރުވި މަޝްހޫރު އިސްލާމީ ސައްޔާޙް އިބުނު ބަޠޫޠާ ހައްދުންމަތީގެ ނަމެއްކަމުގައި ލިޔުއްވާފައިވަނީ ހަލިދުންމަތި އެވެ.

ހައްދުންމަތި މިނަން އައިސްފައިވަނީ ޚައްތުންމަތި މިނަން ބަދަލުވެގެން ކަމަށް ބުނާތީ އަހަމެވެ. އެއީ ދުނިޔޭގެ ދެބައިހަމަ ކުރާ ޚިޔާލީ ރޮނގޭކިޔޭ ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރގެ މަތީގައި މިއަތޮޅު އޮންނާތީއެވެ. މިހާރުގެ ޗާރޓްތަކުގައި ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރ ފާހަގަކުރެވިފައިވަނީ ހުވަދު އަތޮޅާއި ފުވައްމުލަކާއި ދެމެދުގައި ނަމަވެސް 1750މ. ވަނަ އަހަރުގައި ޕޯޗްގީޒްމީހުން ބޭނުންކުރި ޗާރޓެއްގައި ހައްދުންމައްޗާއި ހުވަދުއަތޮޅާއި ދެމެދުގައި އީކްއޭޓަރ ފާހަގަކޮށްފައިވާކަން ފާހަގަކުރަމެވެ. މިދެންނެވި ޗާޓްގައި ހައްދުންމަތި ފާހަގަކޮށްފައިވަނީ އަދައޮމަޓިސް (Adoumatis) ކަމުގައެވެ. ދުނިޔޭގެ ދެބައިހަމަ ދިވެހިރާއްޖެއިން ހުރަސްކުރަނީ ހުވަދުއަތޮޅާއި ފުވައްމުލަކާއި ދެމެދުން ހުވަދު އަތޮޅުން 10.5 މޭލު ދެކުނުންނެވެ.
 

 
ތާރީޚީ ލިޔުންތައް ލިޔުއްވި މުއައްރިޚް އަލްމަރްޙޫމް އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވަނީ ރާއްޖޭގެ އަތޮޅުތަކުގެ ނަން ނެގިފައި އޮތީ އެއަތޮޅެއްގައި އޮންނަ ފާހަގަކުރެވޭ ރަށެއްގެ ނަމާއި ގުޅުވައިގެންނެވެ. އެގޮތުން ލ.އަތޮޅަށް އިހައްދުންމަތިކިޔާފައިވަނީ ލުޠުފީ ދެކެވަޑައިގަންނަވާ ގޮތުގައި، އިސްދޫގެ އިރުމަތީ ތޮށީގައި އޮތް އިހައްދޫ ކިޔާ ރަށަށް ނިސްބަތްކޮށެވެ. ގިރައިގެން ގޮސްފައިވާ މިދެންނެވި ރަށުގެ އާނުގަނޑު އަދިވެސް އެބައޮތެވެ.

 
ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވުމަށްފަހު، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ބޮޑުތަކުރުފާނު ފަތްކޮޅެއް ފޮނުއްވިއެވެ. މި ފަތްކޮޅު ހައްދުންމަތީގެ އިސްކޮށްތިބި ވެރިން ކިޔުމަށްފަހު ބުނި ކަމަށްވަނީ އަހަރުމެންނަކީ މަލަކަށް ފަތަކަށް ޢީމާންވާ ބަޔެއް ނޫނެވެ. އަހަރެމެންނާއި ވާހަކަ ދައްކަންޏާޖެހޭނީ ކުރިމައްޗަށް އައިސް ވާހަކަ ދައްކާށެވެ. މިވާހަކަ އައްސަވާފައި ހައްދުންމަތީ މީހުންނަކީ ހައްދުން މައްޗަށް ގޮސްފައިވާ ބަޔެކޭ ތަކުރުފާނު ވިދާޅުވިކަމަށްވެއެވެ. ނަމަވެސް ދޫދޫމަތިން ދެކެވޭ މިބާވަތުގެ ގިނަ ރިވާޔަތްތަކޭ އެއްފަދައިން މިއީވެސް ތާރީޚީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްކަމަށް ބެލެވެންނެތްކަން ފާހަގަކުރަމެވެ.

ހައްދުންމަތީގެ އިސްދޫ، ދަނބިދޫ، މުންޑޫ، ގަން، ގާދޫ އަދި ހިތަދޫ މިރަށްރަށަކީ ބުދުދީނުގެ ބޮޑެތި ވޭރުތައް ހުރި ރަށްރަށެވެ. ފޮނަދު އާއި ކައްދު އާއި ވަޑިނޮޅާއި މުންޏަފުށީގައި ހުރި ތަންތަން ވީރާނާވެ ހިނގައްޖެއެވެ. ކޮންމެއަކަސް އެނގިފާޅުވާން އޮތް ހަޤީޤަތަކީ މިއަތޮޅަކީ ދިވެހިން އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީގައި ބުދުދީނުގެ މަރުކަޒީ ސަރަޙައްދަކަށް ވާކަމެވެ. މަސްވެރިންނާއި ދަނޑުވެރިންގެ މައްޗަށް ފައްޅިތަކާއި ހާމުދުރުންގެ ނުފޫޒާއި އާރާއިބާރު ފުރިހަމައަށް ހިނގަމުންދިޔަ އަތޮޅެއްކަމެވެ. ރާއްޖޭން އެންމެފަހުން އިސްލާމްވީ މިއަތޮޅުގެ ރަށްތަކުގެ އަހުލުވެރިންކަމަށްވީ ސަބަބުތައް މިދެންނެވުނީއެވެ. މިއަތޮޅުގެ ރައްޔިތުންނަކީ ހައްދުން މަތީގައި އުޅޭ ނުވަތަ ހައްދުން ނައްޓާފައިވާ ނުވަތަ ހައްދު ފަހަނައަޅާފައިވާ ރައްޔިތެއްގެ ގޮތުގައި އެއްވެސް ތާރީޚީ ސަފްޙާއެއްގައި ސިފަ ކުރެވިފައިވަނިކޮށް ފެނިފައިނުވެއެވެ.

މަތީގައި ދެންނެވުނު ކަންކަމަށް ބަލާއިރު، ރާއްޖެ އިސްލާމްވީއިރުވެސް ހައްދުންމައްޗަށް ކިޔެމުން އައި ނަން ސަތުދުވު ނުވަތަ ސަތުދުވުމައްތެ މިވަނީ ސީނު ހާއަށް ހާ ސީނަށް ބަދަލުވަމުންދިޔަ އޮއިވަރުތެރޭގައި އައިބަދަލުތައް ފިޔަވައި މާބޮޑު ބަދަލެއްނެތި އެ ގޮތުގައެވެ.

މަޢުލޫމާތު:
    1- ޢިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި، އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ
    2- ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު، އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ
    3- ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ، މުޙައްމަދު އިސްމާޢީލް ދީދީ
   4- ދަނބިދޫ ލޯމާފާނު، ނަސީމާ މުޙައްމަދު، ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
    5- އަލްފާޟިލާ ނަސީމާ މުޙައްމަދު
    6- ޢިޔާޒް ޖާދުﷲ ނަސީމް




#Article 41: މުޙައްމަދު މުނައްވަރު (278 words)


ޑރ. މުޙައްމަދު މުނައްވަރަކީ 10 އަހަރު ދުވަސްވަންދެން ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބު ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ޑރ. މުޙައްމަދު މުނައްވަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑުއަތޮޅު މީދޫ ގައެވެ.

ޑރ. މުޙައްމަދު މުނައްވަރަކީ، އާއިލީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ކުރީން ރަސްކަން ކުރެއްވި މަޝްހޫރު އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅާ ގުޅިފައިވާ ބޭފުޅެކެވެ. އެއީ، އިސްދޫ ދަރިކޮޅުގެ ސުލްޠާން ޢަލީ 7 ގެ ދަރިކަލުން ސުލްޠާން ޙަސަން 10 ގެ ދަރިކަލުން އިބްރާހީމް މަނިކުފާނުގެ ޙުސައިން މަނިކުފާނުގެ މުޙައްމަދު މަނިކުފާނު (މީދޫރަހާ)ގެ އިބްރާހީމް މަނިކުފާނުގެ ދޮންދީދީގެ މަރްޔަމްދީދީގެ ތުއްތުދޮންދީދީގެ އިބްރާހީމް ޙަލީމްގެ ދަރިކަލުން ޑރ. މުޙައްމަދު މުނައްވަރެވެ. ދިޔަމިގިލީ ދަރިކޮޅުގެ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ ގެ ދަރިކަލުން އައްނާއިބު ޙަސަންދީދީ (މީދޫ ގަނޑުވަރު ޙަސަންދީދީ) ގެ ދަރިކަލުން ކަޅިހާރު އަޙުމަދުދީދީގެ ދަރިކަލުން ހަސަންކާރު ޢަލީދީދީގެ ދަރިކަލުން އިބްރާހީމް ޙަލީމްގެ ދަރިކަލުން ޑރ. މުޙައްމަދު މުނައްވަރެވެ. މައިކަނބަލަކީ އައްސުލްޠަނު މުހައްމަދު ޣިޔާޘއްދީނުގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ އަލްއަމީރާ ޢާއިޝަތުދީދީ އާއި ގަނޑުވަރު އަލްޚަޠީބު މުހައްމަދު ތަކުރުފާނުގެ ދަރިކަލުން އައްނާއިބު ޙަސަންދީދީގެ ދަރިކަލުންއަލްޚަޠީބު ޢަބްދުﷲ ދީދީ އާއި ޚަދީޖާ ބިންތިލްޤާޟީ އިބްރާހިމް މަޖްދުއްދީނުގެ ދަރިކަލުން ހުސައިން ދީދީ، އެޅެގޭ އައްނާއިބުއަލްޚަޠީބު އިބްރާހިމްދީދީގެ އައްނާއިބު އަލްޚަޠީބު ޢަބްދުﷲ ދީދީ ގެ ދަރިކަނބަލުން މަރިޔަމްދީދީއާއި ކާވެނިބައްލަވައިގެން ލިބިވަޑަގަތް ދަރިކަނބަލުން ފާޠިމަތު ޒާހިރާއެވެ. ފާޠިމަތު ޒާހިރާގެ މަންމާފުޅުމަރިޔަމްދީދީ ގެ މައިކަނބަލަކީ ކަޅިހާރު އަހްމަދުދީދީއާއި އިބްރާހިމް މަޖްދުއްދީނުގެ ހައްވާދޮންމަނިކެގެ ދަރިކަނބަލުން ހަސަންކާރު އާމިނަތުދީދީއެވެ.

 
ޑރ މުޙައްމަދު މުނައްވަރު އުފަންވެ ވަޑައިގަތީ 2 ޑިސެމްބަރު 1961 ގައި ސ.އަތޮޅު މީދޫ ގައެވެ. ޑރ މުޙައްމަދު މުނައްވަރު ގެ ޙަޔާތުގެ ކުރީކޮޅު ހޭދަކޮށްފައިވަނީ އުފަންރަށް ސ.މީދޫގައެވެ. ތަޢުލީމު ޙާޞިލް ކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަދަލުވީ 1971 ވަނަ އަހަރު އެވެ. ޑރ މުޙައްމަދު މުނައްވަރު ގެ ފުރަތަމަ ކައިވެނިން ދެ އަންހެންކުދިން ލިބިވަޑައިގެންފައި ވެއެވެ. މިހާރު އުޅެނީ ދެވަނަ ކައިވެންޏެއް ކުރައްވައިގެންނެވެ. 

 
ސާނަވީ ތަޢުލީމު ޑރ މުޙައްމަދު މުނައްވަރު ޙާޞިލްކުރެއްވީ މަޖީދިއްޔާ ސުކޫލުންނެވެ. ޑރ މުޙައްމަދު މުނައްވަރު ޙާޞިލްކުރައްވާފައިވާ ސެޓްފިކެޓްތަކާއި ޝަރަފްތައް ތިރީގައި މިވަނީ އެވެ. 

ޑރ މުޙައްމަދު މުނައްވަރު އުފަން އަތޮޅުގެ މެންބަރުކަން ދިވެހިރާއްޖޭގެ ބަރުލަމާނުގައި ކުރިން ފުރުއްވާފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން 1993ން 2003 އަށް ޑރ މުޙައްމަދު މުނައްވަރު ކުރައްވާފައި ވެއެވެ. ޖޫން 2007 ގައި ޑރ މުޙައްމަދު މުނައްވަރު ވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސް ކަމަށް އެޕާޓީގެ މެންބަރުން ހޮވާފައެވެ. ޑރ މުޙައްމަދު މުނައްވަރު ރައީސްކަމަށް އިސްވުމަށްފަހު އެކުލަވާލި އެޕާޓީގެ ހިޔަނި ކެބިނެޓްގައި 10  މިނިސްޓަރުން ކަނޑައަޅުއްވާފައި ވެއެވެ. 




#Article 42: ޙަސަން ސަޢީދު (181 words)


ޑރ. ޙަސަން ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑުއަތޮޅު ފޭދޫ ގައެވެ.
ޑރ. ހަސަން ސަޢީދު ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ލޯސް ޙާޞިލް ކުރެއްވީ 1995 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އެއަށްފަހު ހަމަ އެޔުނިވަރސިޓީއިން 1997 ވަނަ އަހަރު ކޮމްޕެރެޓިވް ލޯސްއިން މާސްޓަރސް ނެންގެވިއެވެ. ޕީ.އެޗް.ޑީ ޙާޞިލްކުރެއްވީ 2003 ވަނައަހަރު، ފްރީޑަމް އޮފް ސްޕީޗްގެ މައްޗަށް އޮސްޓރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލެންޑްއިންނެވެ.

ޑރ. ޙަސަން ސަޢީދު އެންމެ ފުރަތަމަ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1997 ވަނަ އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސްޓޭޓް އެޓާރނީއެއްގެ މަޤާމުގައެވެ. 2003 ވަނަ އަހަރު ޕީ އެޗް ޑީ ނެންގެވުމަށްފަހު ރާއްޖެ އެނބުރި ވަޑައިގެން ޖިނާއީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމް އަދާކުރެއްވިއެވެ. އަދި 11 ނޮވެމްބަރ 2003 އިން ފެށިގެން އޯގަސްޓު 2007 އަށް ދިވެހި ރާއްޖޭގެ ބަންޑާރާ ނައިބުކަން ކުރައްވާފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމާއި، ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ޗެއަރ ޕަރސަންކަމުގެ މަޤާމުގެ އިތުރުން ޑރ. ޙަސަން ސަޢީދަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެކެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ފައުންޑަރ މެމްބަރެކެވެ. މީގެ އިތުރުން ޖުޑީޝަލް ސަރވިސަސް ކޮމިޝަނާއި، މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެވެސް މެމްބަރެކެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ދިވެހިރާއްޖެއަށް ނިސްބަތްވާ އެލުމްނައި އެސޯސިއޭޝަންގެ ރައީސްވެސް މެއެވެ. ޑރ. ހަސަން ސަޢީދަކީ އޯޕަން ސޮސައިޓީ އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރެކެވެ.

ޑރ.ޙަސަން ސަޢީދަކީ ކުއީންސްލަންޑްގެ ސުޕްރީމް ކޯޓާއި އޮސްޓްރޭލިއާގެ ހައި ކޯޓުގެ ބެރިސްޓަރ- އެޓް- ލޯ އެކެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ތަފާތު ފޯރަމްތަކަށް ޑރ. ސައީދުވަނީ އިންސާނީ އަސާސީ ޙައްޤުތަކާ ބެހޭގޮތުން، ޚާއްޞަކޮށް ވާހަކަދެއްކުމަށް ލިބިގެންވާ މިނިވަންކަމުގެ މައްޗަށް ގިނަ ގުނަ ކަރުދާސްތަކެއް ހުށަހަޅުއްވާފައެވެ.




#Article 43: މަރަދޫ (އައްޑުއަތޮޅު) (321 words)


މަރަދު އަކީ އައްޑުއަތޮޅު ގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެއްރަށެވެ. މަރަދޫއަކީ އިހުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އަތޮޅުކަމުގައިވާ އައްޑުއަތޮޅުގެ ވެރިކަންކުރިރަށެވެ. މިހާރު ރާއްޖެއަށް މަރަދޫ ނަންވެފައި ވަނީ މަސްވެރި ރަށެއްގެ ގޮތުގައެވެ. އާބާދީގެ ގޮތުން އަދި ތަޢުލީމާއި ތަހުޛީބުގެ ގޮތުންވެސް މިރަށަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަގުތައް އާދައިގެވަރަކަށް ފުޅާކޮށް ހުރިއިރު ގެތައް އަޅާފައި ހުންނަނީ ކައިރިކައިރީގައެވެ.2007 މެއިމަހު އުދައަރައި ބައެއް ގެއްލުންތައް ވެފައިވެއެވެ.

މަރަދޫއަކީއަތޮޅުގެ ހުޅަނގުފަރާތު ފަރުގައި މެދަށް އޮންނަ ހަނިދިގު ރަށެކެވެ. ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑުރަށެކެވެ. ރަށުގެ އުތުރުފަރާތުން (މިހާރު ރަށާ ގުޅިފައިވާ) ވެންބޮޅުފުށްޓަކީ ކުރީ ޒަމާނެއްގައި ވަކިން އޮތް ރަށެކެވެ. ރަށުގެ (ފޭދޫއާ ވީފަރާތުން) ދެކުނު ފަޅި އަކީ ވަކި އިދާރީ ރަށެއްކަމަށް ބަލަމުންއައި މަރަދޫފޭދޫ އެވެ. އިހު މަރަދޫގައި އޮންނަނީ ދެއަވަށެވެ. އެއީ އެއްގަންބުރި (މާރަންދޫ) އަދި ވަލިބުރި (ރަންދޫ) އެވެ. މިހާރު މަރަދޫ އަކީ އިދާރީ ގޮތުން އައްޑޫސިޓީގެ އެއް އަވަށެވެ.

މަރަދޫގައި ކުރީން އައްޑުއަތޮޅުގެ ވެރިކަން ކޮށްފައިވެއެވެ. މަރަދޫގައި ވެރިކަން ކުރަމުން އައިސް ހިތަދޫއަށް ބަދަލުވީ 1959 ވަނަ އަހަރު ސުވާދީބު ޖުމްހޫރިއްޔާ ނުވަތަ ދެކުނު ބަޣާވާތުގެ ތެރޭގައެވެ. ރަސްމީގޮތުން 1964 ވަނަ އަހަރުގައެވެ.މަރަދޫ ފޭދޫ އުފެދުނީ މަރަދޫގެ ބިމުން ބައެއްގައި، ކުރިން ފޭދޫގައި ދިރިއުޅުނު މީހުން ވަޒަންވެރި ކުރުވުމުންނެވެ. މިކަން ހިނގީ ގަމުގައި އިނގިރޭސިންގެ އެއަރ ބޭސް އެއް ހަދައިގެން އުޅުނު ދުވަސްވަރުގައެވެ. 
ތާރީޚީ ތަންތަން
މަރަދޫ ސްލިޕްވޭ
ބޮނޑަގެ/ބޮޑަގެ
ދަނޑިވަރު މިސްކިތް
ހިރިގާ މިސްކިތް
ޤާދިރީކަލޭގެފާނު ޒިޔާރަތް
ހިރިގާވަޅު

މަޖިލީހަށް އަރުވާފައިތިބި މީހުން
މުދިންގޭ އިބްރާހީމް ކަލޭގެފާނު
އުވަގޭ ކަތީބު (ޙަސަން) ކަލޭގެފާނު
ގޮއިގޭ އިބްރާހީމް ކަލޭގެފާނު
ވަކަރަގޭ މުޙައްމަދު ކަލޭގެފާނު

ތަޢުލީމީ އެތައް ދަރިންނެއް މިރަށުގެ ފަސްގަނޑުގައި އިހުގައިވެސް އުފެދިފައިވެއެވެ. ރަސްމީގޮތެއްގައި މަދުރަސާ ހިންގަންފެށީ 1930 ގެ އަހަރުތަކުގައި މަރަދޫ ފިނިފެންމާގޭ އަލްޚަތީބު މޫސާ މުޙައްމަދު (މޫސާކަތީބާ) ގެ ދުވަސްވަރުގައެވެ. އަތޮޅުވެރިކަންވެސް ރަށުގައި ކުރަމުން ދިޔުމާއި އިލްމުވެރިން ރަށުގައި ވަޒަންވެރިކުރުވުމަށް ވެރކަމުގެ ފަރާތުން އެޅުއްވިބާރުގެ ސަބަބުން މަދުރަސާ ހިނގަމުން ދިޔައީ ވަރަށްވެސް ފުރިހަމަކަމާއެކުގައެވެ. އަތޮޅުގެ އެހެން ރަށްރަށާ ވާދަކޮށް ކުރިއަރައިގެން ދިޔުމުގެ އެންމެ ބޮޑުބާރަކަށްވީ ރާއްޖޭގެ އެންމެފުންނާބުއުސް އެއްޢިލްމުވެރިއެއް ކަމަށްވާ ފުވައްމުލަކު އަލްމަރްޙޫމް ކަރައްޔަ ކަޅުތުއްތުދީދީ އެވެ. އަދި ޞާޙިބުއްސަޢާދާ އާދަމް ނަސީރު މަނިކާއި ކުއްޅަވައް އަލިދީދީ މެންފަދަ ބޭބޭފުޅުންގެ އަރިހުންވެސް ގިނަބަޔަކު ދަރިވަރުވިއެވެ.ރަށުގެ ފައިއިނދޭފުރައިން ފެށިގެން ދަރިންލިބިފައިތިބި ވިހި ފަންސަވީސް އަހަރުގެބޭފުޅުންވެސް މަދުރަސާއަށް ވަޑައިގަތްކަމުން ދޭހަވަނީ މިރަށުގެ ރައްޔިތުން ތަޢުލީމަށް ދިން އަހައްމިއްޔަތެވެ. ފުރަތަމަ މަދުރަސާ ހިންގަމުން އައީ މަރަދޫ ބޮޑުހަރުގޭގައެވެ. އެއަށް ފަހު ބޮޑަގެ އާއި މާކަރީ ސެންޓަރުގައި އެކިދުވަސްވަރު މަތިން އެކިނަންނަމުގައި ހިނގަމުން އައިސް މެދުކެނޑުނީ 1972 ވަނަ އަހަރެވެ. އެއަށްފަހު އަނެއްކާވެސް 1976ވަނައަހަރު ހިންގަންފެށިގޮތަށް މަރަދޫ ސްކޫލްގެ ނަމުގައި މިހާރުވެސް މަދުރަސާ ހިނގަމުން އެބަދެއެވެ. މިހާރު ރަށުގައި އޭލެވެލް ފެންވަރަށް ކިޔެވޭއިރު، 3 ސްކޫލު ހުރެއެވެ.

މިރަށުގެ މަލަމަތިން އެންމެފާހަގަކޮށްލެވޭ ގޮތެއްގައި ފެންނަނީ ދިވެހި ރުކެވެ. މީގެ އިތުރުން ރާއްޖޭގައި ހެދޭ ހުރިހާ ބާވަތެއްގެ ގަސްގަހާގެހި މަރަދޫގައި ހެދެއެވެ. ފަތްކޭލާއި ބަނބުކެޔޮ ފަޅޯ އަނބު ފަދަގަސްތައް ގިނައިންހުރެއެވެ. މަރަދޫ އަކީ ފެންލޮނު ރަށެކެވެ.




#Article 44: މޫސާ ފަތުޙީ (464 words)


އަލްއުސްތާޛު މޫސާ ފަތުޙީ އަލްއަޒްހަރީ އަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. 

އަލްއުސްތާޛު މޫސާ ފަތުޙީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 28 ސެޕްޓެމްބަރު 1929 ގައި ޅ. ނައިފަރު ގައެވެ.އެއީ 10 ރަމަޟާން 1342 ގައެވެ. ބައްޕާ ފުޅަކީ ގާސިމް ޢަލީ އެވެ. މަންމާ ފުޅަކީ ސަންފާ އަލީ އެވެ. ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޖަމީލާ ހުސައިން އާއެވެ. ޖަމީލާ ޙުސައިން ނިޔާވުމުން ދެން ކައިވެނި ބައްލަވައިގަތީ އާމިނަތު މުޙައްމަދު ދީދީ އާއެވެ. ދެކައިވެނި ބައްލަވައިގެންފައި ވިޔަސް އުފަން ދަރިއެއް އަލްއުސްތާޛު މޫސާ ފަތުޙީ އަށް ލިބިވަޑައެއް ނުގަންނަވައެވެ. އަވަހާރަވިއިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގަތް އައްޑުއަށް އުފަން އަނބިކަނބަލަކު ދުނިޔޭގައި އިންނެވި އެވެ. މޫސާ ފަތުޙީ އެއްބަނޑު އެއްބަފާ 3 ބޭފުޅުން ތިއްބަވައެވެ. އެއީ އަލީ ފަތުހީ، އާދަމް ފަތުހީ އަދި އިސްމާޢީލް ފަތުހީ އެވެ. އިސްމާޢިލް ފަތުހީ އަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސްގެ މަގާމް ކުރިން އަދާކުރެއްވި ބޭފުޅެކެވެ.

 
އަލްއުސްތާޛު މޫސާ ފަތުޙީ އެންމެ ފުރަތަމަ ތަޢުލީމް ޙާޞިލް ކުރެއްވީ މަދަރުސަތުލް އިފްތިތާޙް އިންނެވެ. އެއަށްފަހު މަދަރުސަތުއް މަޖީދިއްޔާ އިން ވެސް ކިޔަވާ ވިދާޅުވިއެވެ. މީގެ އިތުރުން މިޞްރުގެ އަލް އަޒުހަރު ޔުނިވަސިޓީގައި ޝަރީޢަތާ ގާނޫނުން މަތީ ތަޢުލީމް ޙާޞިލްކުރެއްވި އެވެ. އަލްއުސްތާޛު މޫސާ ފަތުޙީ  އަލްއަޒުހަރު ގެ ޝަރީޢާ އިސްލާމިއްޔާ ފެކަލްޓީ އިން ބީއޭ ފާސް ހޯއްދަވާފައެވެ. އަދި ކިޔަވާދެއްވުމުގެ ރޮނގުން މިޞްރުގައި (ހަޔަރ ޑިޕްލޮމާއެއް )މަތީފާހެއް އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ހޯއްދަވާފައެވެ. މިޞްރަށް ތަޢުލީމް ޙާޞިލް ކުރެއްވުމަށް އަލްއުސްތާޛު މޫސާ ފަތުޙީ ވަޑައިގަތީ އުމުރު ފުޅުން 21 އަހަރުގައި 1950 ވަނަ އަހަރު އެވެ. ޖުމްލަ 16 އަހަރު މިޞްރުގައި ތަޢުލީމް ޙާޞިލް ކުރެއްވުމަށް ހޭދަކުރެއްވި އެވެ. އެބުރި ރާއްޖެ ވަޑައިގަތީ 1966 ވަނަ އަހަރު އެވެ.

 
އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ދިވެހި ސަރުކާރުގައި 60 އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަށް ޚިދުމަތް ކުރައްވާފައެވެ. އަވަހާރަވިއިރު ހުންނެވީ ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމްގައެވެ. އަލްއުސްތާޛު މޫސާ ފަތުޙީ އަދާކޮށްފައިވާ ސަރުކާރުގެ ވަޒީފާތަކާއި އެހެނިހެން ވަޒީފާތައް ތިރީގައި މިވަނީއެވެ. 

 

އަލްއުސްތާޛު މޫސާ ފަތުޙީ އަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 10 ޖުލައި 1967 ގައެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގަތީ 10 ޖުލައި 1987 ގައެވެ. އެހެންކަމަށްވާނަމަ އަވަހާރަވީ 3 ވަނަ ޕެންޝަން ހަމަވި ދުވަހު 10 ޖުލައި 2007ގައެވެ.

 
އަދަބިއްޔާތާއި ލިޔުންތެރިކަމާއި ޅެންވެރިކަމަށް ބަލާއިރު އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މީހުން ހޭލުންތެރި ކުރެއްވުމަށް ތަފާތު ފޮތްތައް ލިޔުއްވާފައެވެ. މިނިވަން 25 ގެ އިނާމް ޙާޞިލް ކުރެއްވުމުގެ އިތުރުން 1983 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޢާއްމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ވެސް އަލްއުސްތާޛު މޫސާ ފަތުޙީ އަށް ލިބިވަޑައިގެންފައި ވެއެވެ. ތަފާތު އަސަރުގަދަ އެތައް ޅެންތަކެއް ހެއްދެވިއެވެ.

ރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމާއި، ގާނޫނީ އަދި ޝަރުޢީ ދާއިރާ، އަދަބިއްޔާތާއި، ހިސާބު ޢިލްމުގެ ދާއިރާއަށް ވަރަށް ގިނަ ޢިލްމީ ޚިދުމަތްތަކެއް އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ކޮށްދެއްވާފައެވެ. އެންމެ ބޮޑު ޚިދުމަތްތަކެއް ކޮށްފައިވަނީ ގާނޫނީ އަދި ޝަރުޢީ ދާއިރާގައެވެ.  

އަލްއުސްތާޛު މޫސާ ފަތުޙީ އާ ބެހޭގޮތުން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު ރައީސް ޢައްބާސް އިބްރާހީމް ލިޔުއްވާފައި ވެއެވެ. ފަތުޙީގެ ޢިލްމީ ޚަޒާނާގެ މުއްސަނދިކަމާ ތަނަވަސްކަން ހުރުމާއެކު ހެއްދެވި ގިނަ ޅެންތަކަކީ ވަރަށް ފެންވަރު ރަގަޅު ޅެންތަކެކެވެ. އެމަނިކުފާނު ލޯބިކުރެއްވީ ބައިވަރަކަށްވުރެ ބޮޑަށް ފެންވަރަށެވެ. 

އަލްއުސްތާޛު މޫސާ ފަތުޙީ އާ ބެހޭގޮތުން ދިވެހި ބަހުގެ އަދީބު މުލީގޭ ޢަބުދުﷲ ޞާދިޤް ވިދާޅުވެފައި ވެއެވެ.  މުޙައްމަދު ޖަމީލް އަވަހާރަވުމަށްފަހު އަޅުގަނޑުމެން ބަހާ އަދަބިއްޔާތާ މެދު އަރާ އޮޅުން ފިލުވުމަށް ބޭނުންކުރި ދިވެހި ޑިކްޝަނަރީ އަކީ މޫސާ ފަތުޙީ. މޫސާ ފަތުޙީ ނެތިދިޔަ ކަމުގައި ވިޔަސް އަދަބިއްޔާތުގައި އޭނާގެ ހަރުމުދާ އެބަހުރި.. 

އަލްއުސްތާޛު މޫސާ ފަތުޙީ ލިޔުއްވި ބައެއް ފޮތްތައް ތިރީގައި މިވަނީއެވެ. 

 
އަލްއުސްތާޛު މޫސާ ފަތުޙީ އަވަހާރަވީ 10 ޖުލައި 2007 އަންގާރަ ދުވަހުގެ ހެދުނު 11.25ގައި  ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އުމުރު ފުޅުން 77 އަހަރުފުޅުގައެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސިންގަޕޫރަށް މޫސާ ފަތުޙީ ގެންދެވުނީ ކޮޓަރިކޮޅުގެ ތެރެއަށް ވެއްޓި ވަޑައިގެން އުނަގަނޑުގެ ކަށިގަނޑެއް ބިނދުމުން އޮޕަރޭޝަން ކުރެއްވުމަށެވެ. އަދި އަވަހާރަވީ އެ އޮޕަރޭޝަނާއި ގުޅިގެން ކަމަށްވެއެވެ. އަލްއުސްތާޛު މޫސާ ފަތުޙީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމުގެ ދިދަ 3 ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކޮށްފައި ވެއެވެ. 




#Article 45: މުޙައްމަދު ޖަމީލުދީދީ (533 words)


ދިވެހިރާއްޖޭގައިވެސް ތަފާތު އަދީބުން އުފެދިފައިވެއެވެ. މިގޮތުން އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ އަކީ ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ޢިލްމީ، ދީނީ، އަދި އަދަބީ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 

އެމަނިކުފާނަކީ ސާދާ ދިރިއުޅުމެއް އުޅުއްވި، ވަޤުތަށް ކަމޭހިތްތަވާ، މުރާލި ކަމުގެ ރީތި ނަމޫނާ އެކެވެ. ދީނަށް ހުރުމަތްތެރިކޮށް ހިތްތެވުމާއި އިންސާނީ ރީތި ސިފަތަކަކީ ހަޔާތުގެ ޝިއާރު ކަމަށް ހެއްދެވި ބޭފުޅެކެވެ.

އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ ދިވެހިންގެ މެދުގައި މަޝްހޫރު މިސާލެއްގައި ބުނެވޭ ފަދައިން ފަސްމީރު ކުރި ރުކެކެވެ. އިންސާނުން ފަޚްރުވެރިވާ އެތައް ސިފައެއް އެއްފަހަރާ އެއްކޮށްލައްވައިގެން ހުންނެވި އާދަޔާ ޚިލާފު ޝަޚްޞިއްޔަތެކެވެ. އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ އަދީބެކެވެ. ޝާއިރެކެވެ. މުޞައްނިފެކެވެ. ޢާލިމެކެވެ. ލަވަ ކިޔުންތެރި އެކެވެ. މުފައްކިރެކެވެ. މުފައްސިރެކެވެ. މުދައްރިސެކެވެ. ވަރަށް މުރާލި އިދާރީ ހިންގުންތެރި އެކެވެ. 

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެއީ ހިޖުރައިން 16 ޖުމާދިލް އާޚިރާ 1333 އެވެ. އުފަންވެވަޑައިގަތީ މ.ކުއްޅަވައް ގޭގައެވެ. ބައްޕައަކީ ދަރަވަންދޫގޭ ޢަބުދުﷲ ކަމާލުއްދީން އެވެ. ނުވަތަ ދަރަވަންދޫގޭ ޢަބުދުﷲ ދީދީ އެވެ. މަންމައަކީ ފެންފޯއް ގަނޑުވަރު އައިމިނާދީ އެވެ.އަބިކަނބަލުންނަކީ އަލްމަރުހޫމާ ޝަރީފާ ޙަސަން ނުވަތަ ކުއްޅަވައްގޭ ސިއްތި އެވެ. ސިއްތި އަވަހާރަވީ މެއި 2008 ގައެވެ. މުޙައްމަދު ޖަމީލްގެ ދަރިންނަކީ ދިވެހިރާއްޖެ އަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެތެރޭގައި ފަތުހުﷲ ޖަމީލް، ޢަބުދުﷲ ޖަމީލް، ފާތިމަތު ޖަމީލް، ޖާދުﷲ ޖަމީލް، އާމިނަތު ޖަމީލް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ޖަމީލުދީދީ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ މަދަރުސާ މުޙައްމަދު ޢަލީ އަލްޚައިރިއްޔާ އިންނާއި ޖާމިޢަތުލް އަޒްހަރުންނެވެ. ޢަރަބި ބަހުގެ ޢިލްމް ވެރި އެކެވެ. އުރުދޫ ބަސް ކޮންމެވެސް ވަރަކަށް ދެނެލައްވައެވެ.

މުހައްމަދު ޖަމީލް އަކީ ޢަރަބި ބަހުގެ ތައުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޝާއިރެކެވެ.ފުންނާބު އުސް އަދީބެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރި އެކެވެ. މޮޅު ޝާއިރެކެވެ. މުޞައްނިފެކެވެ. ލިޔުންތެރި އެކެވެ. ގާނޫނީ ވަކީލެއްވެސް މެއެވެ. ތަފާތު ރޮނގުތަކުގައި ޅެން ހެއްދެވި އެވެ. ފުރަތަމަ ޅެމެއް ހައްދަވާފައިވަނީ 9 ރަޖަބު 1358 ގައެވެ. މިޅެން ފެށިފައިވަނީ މަވެސް އަދު ފަރިއްސެއް ހެދޭތޯ ބަލާނަން މިޢިބާރާތުންނެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ނަމަކީ އުޖާލާވި ރަންތަރި އެވެ.

އަލްމަރުހޫމް މުހައްމަދު ޖަމީލަކީ ޤައުމީ ހިދުމަތުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ނުހަނު ގިނަ ގުނައެވެ. ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން ކާތިބު ކަމާއި، ސެކްރެޓަރީ ކަމުން ފެށިގެން ގޮސް އެންނމެ ޤަދަރު ބޮޑު، މަސްޢޫލިއްޔަތު ބޮޑު މަޤާމްތައް ފުރުއްވި ބޭކަލެކެވެ. އަދާ ކުރެއްވި ކޮންމެ ވަޒީފާ އެއްގައިވެސް ދުވަހުން ދުވަހަށް މަތީ މަޤާމް ހާސިލް ކުރެއްވި ކަމީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ހާމަވާ ކަމެކެވެ. މިގޮތުން އެމަނިކުފާނު ސަރުކާރުގެ ތަފާތު ވަޒީފާތަކެއްގައި ތަފާތު 40 މަޤާމެއް ފުރުއްވިއެވެ.
ދައުލަތުގެ ބަންޑާރަ ނާއިބުކަމުގެ މަގާމަށް އިސްކުރެވުނީ 30މެއި 1956 ގައެވެ. 11 ސެޕްޓެމްބަރު 1956 ގައި ބަންޑާރަ ނައިބު ކަމުގެ މަގާމުން ވަކިކުރެވުނެވެ.

އެންމެ ގިނަ ދުވަހު އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ދިވެހި ބަހާއި، ތާރިޚާއި، ޡަޤާފަތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުންނެވެ. މިރޮނގުރޮނގުގައި، އެންމެ އިސް ވެރިއެއްގެ ގޮތުގައެވެ.

މަރުހޫމް ޖަމީލަށް ދިވެހި މުޖުތަމައުގައި އެންމެ ބޮޑު ޤަދަރަކާއި އިއްޒަތެއް ލިބިފައިވަނީ އެމަނިކުފާނު ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތަކާއި ގުޅިގެންނެވެ. އެމަނިކުފާނު ތަފާތު އެތައް ދީނީ މަޖައްލާ އެއްގެ އެޑިޓަރު ކަމާއި މިނޫން މަޤާމްތައް ވެސް ފުރުއްވާފައިވެއެވެ. ދީނީ ރޮނގުން ގިނަގުނަ ފޮތްތަކެއް އެކުލަވާލެއްވި މުސައްނިފެކެވެ. މިފޮތްފޮތަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޮނގުން އެންމެ ބޮޑެތި ބޭނުންތައް ހިފެމުންދާ ފޮތްތަކެވެ. މިގޮތުން އެމަނިކުފާނުގެ ފޮތްތަކުގެ ތެރޭގައި:

ދިވެހިރާއްޖޭގައި މިއަދާއި ހަމައަށް ނެރެވެމުން މިއަންނަ ދީނުގެ މަގު ނޫހަކީވެސް އެމަނިކުފާނުގެ ޚިޔާލުފުޅަކާއި ގުޅިގެން ނެރެވޭ ނޫހެއް ކަމުގައި، ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ދީނުގެ މަގުގެ ޒަރިއްޔާއިން އެންމެ ސީދާ ތެދުމަގު ގެ އަލިކަން އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވީވެސް އެމަނިކުފާނެވެ. ރޭޑިޔޯ އިންނާއި ޓީވީ އިން ފޮނުވަމުން ގެންދާ ގިނަ ދީނީ ޕްރޮގްރާމްތަކުގައިވެސް ނަ އަދަދަކަށް ޖަމީލްގެ ދީނީ ނަސޭހަތާއި ވައުޟު ގި އެކުލެވިފައިވެއެވެ.

ހުކުރު ޚުޠުބާ ހެއްދެވުމާއި ހެއްދެވުމާއި ޤުރުޢާން ތަރުޖަމާ ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވުމާއި އަމިއްލަ އަޑުފުޅުން ޤުރުއާނުގެ ތަރުޖަމާ ގެނެސް ދެއްވުމަކީ ކުޑަ އަދި ކުރެއްވުމަށް ފަސޭހަކަންތަކެއް ނޫނެވެ.

މަރުހޫމް ޖަމީލަކީ ދިވެހިބަހަށްވެސް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.1948 ގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމްގެ ޅެން ލިޔެ ތައްޔާރު ކުރެއްވި ޝާއިރަކީ ވެސް މުހައްމަދު ޖަމީލް ދީދީ އެވެ. ބަހަށް ޚިދުމަތްކުރެއްވުމުގެ ޤައުމީ ޝަރަފުވެރި ކަމުގެ އިނާމުވެސް އެމަނިކުފާނަށް ލިބިލައްވާފައިވެއެވެ. މިގޮތުން ދިވެހި ބަހުގެ ރޮނގުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން:

މީގެ އިތުރަށް ދިވެހި ބަހުގެ ޤަވާއިދު ބަޔާންކުރައްވައި ފިޔަވަޅު ކިޔާ ފޮތެއްވެސް އެކުލަވާލައްވާފައި ވެއެވެ.

މުހަންމަދު ޖަމީލު ދީދީ މިދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 74 އަހަރުގައި 15 މާރޗް 1989މ. ގައެވެ.އެއީ ހިޖުރައިން 7 ޝަޢުބާން 1409 ގައެވެ. ދިވެހިރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ގެ ގޮތުގައި 15 މާރޗް ފާހަގަ ކުރަނީ މުހައްމަދު ޖަމީލް ދީދީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. 




#Article 46: ޖަޒާއިރު (330 words)


ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އަލްޖީރިއާ ނުވަތަ ޖަޒާއިރަކީ () އުތުރު އެފްރިކާއަށް ނިސްބަތްވާ ގައުމެކެވެ. އަލްޖީރިއާއަކީ މެޑިޓެރޭނިއަން ސަރަޙައްދުގައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޤައުމެވެ. އަދި އެފްރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ޤައުމު ވެސްމެއެވެ. 

ޖަޒާއިރުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން ޖަޒާއިރުގެ މީހުންނަށް ކިޔަނީ އަލްޖީރިއަންސްއެވެ. ޖަޒާއިރުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަލްޖިއަރސްއެވެ. ޖަޒާއިރުގެ ވެރިރަށަކީ އަލްޖިއަރސްއެވެ. ޖަޒާއިރަކީ ސެމީ ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 35 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 35 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 2.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ dz. އެވެ. ކޯލިން ކޯޑަކީ +213 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އަލްޖީރިއަން ދީނާރެވެ.

އަލްޖަޒާއިރުގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ ވެރިރަށް ކަމުގައިވާ އަލްޖިއަރސްއަށެވެ. މި ނަން އުފެދުނީ “ޖަޒާއިރު ބަނީ މަޒްޣަނާ” މި ނަމުންނެވެ. މީގެ މާނައަކީ ބަރްބަރީ ޤަބީލާ މަޒްޣަނާގެ ރަށެވެ. 
ކުރީ ޒަމާނުގައި ޖަޒާއިރުގެ ސަރަޙައްދަށް ކިޔާ ނަމަކީ ނުމީދިޔާއެވެ. ނުމީދިޔާގެ ސަރަޙައްދުގެ ތެރޭގައި ހިމެނެނީ މިހާރުގެ ތޫނިސްގެ ހުޅަނގާއި މިހާރުގެ މަޣުރިބުގެ އިރުމަތިވެސް އެކުލެވިގެންނެވެ.

ޖަޒާއިރުގެ އިރު އުތުރުގައި އޮތީ ތޫނިސްއެވެ. އިރުމަތީގައި އޮތީ ލީބިޔާއެވެ. އިރުދެކުނުގައި އޮތީ ނީޖަރެވެ. ހުޅަނގު ދެކުނުގައި އޮތީ މާލީ އާއި މުރިޓާނިޔާއެވެ. ހަމައެހެންމެ ހުޅަނގު ސަހަރާގެ ބައެއްވެސް މިތަނުގައިވޭމެއެވެ. ހުޅަނގާއި ހުޅަނގު އުތުރުގައި އޮތީ މަޣުރިބެވެ. އުތުރުގައި އޮތީ މެޑިޓެރޭނިޔަން ކަނޑެވެ. 

މީގެ 10000 އަހަރު ކުރީއްސުރެ ޖަޒާއިރުގައި ބަރުބަރީން ވަނީ ދިރިއުޅެން ފަށާފައެވެ. ޢީސާގެފާނުގެ މީލާދުގެ 1000 އަހަރު ކުރީއްސުރެން ޤަރްޠާޖުން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. 
ބަރުބަރީންނާއި ޤަރްޠާޖުންނާ ދެމެދު ހަނގުރާމަތަކެއް ހިނގުމަށްފަހު، ބަރުބަރީން ވަރަށް ވަރުގަދަ ރަސްކަމެއްގެ ގޮތުގައި ފާޅުވާން ފެށިއެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ނުމީދިޔާއެވެ.
ޢީސާއީ މީލާދުގެ 200 އަހަރުކުރީން ރޫމާނީންގެ ބާރު މި ހިސާބުގައި ގަދަވެގެން ދިޔައެވެ. އެހެން ނަމަވެސް ހުޅަނގުގެ ރޫމާނީ އަމްބަރާޠޫރިއްޔަތު ބަލިކަށިވެގެން ދިއުމުން އަނެއްކާވެސް ބަރުބަރީންނަށް މިނިވަންކަން ލިބުނެވެ. 
އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވެ އިރުމަތީގެ ރޫމާނީ އަމްބަރާޠޫރިއްޔަތު ކަމުގައިވާ ބީޒަންޓައިން އެމްޕަޔަރގެ ދަށަށް ދިޔައެވެ. ޢަރަބީން މި ހިސާބަށް އަންނަންދެން މިތަން އޮތީ ބީޒަންޓައިން އެމްޕަޔަރގެ ދަށުގައެވެ.

ޖަޒާއިރަކީ އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ތަނެކެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ޢަރަބީންނާއި މިޞްރީންނާއި ޔޫނާނީންނާއި ޔޫރަޕީންގެ އިތުރުން ތުރުކީންނާއި ފީނީޤީން ވެސް ޖަޒާއިރުގެ މީހުންގެ ގޮތުގައި މިއަދު އެބަތިއްބެވެ. 
އެހެން ނަމަވެސް މިއަދު އެމީހުން ވާހަކަ ދައްކާ ބަހަކުން އެއީ މިވެނި ނަސްލެއްގެ ބައެއް ކަމެއް ނޭނގޭނެއެވެ. 
މިހެން ދެންނެވި ކަމުގައިވިޔަސް ބަރުބަރީ ބަހުން ވާހަކަ ދައްކާ ޤަބީލާ ބަރުބަރީން ކޮންމެވެސް ވަރަކަށް ފެންނާނެއެވެ. 

ޖަޒާއިރުގެ އާބާދީގައި ހިމެނޭ ތަފާތު ނަސްލުތަކުގެ އަސަރު އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރެއް ފޯރުވާފައިވެއެވެ. މި ގޮތުން ފާހަގަކުރެވެނީ ފަރަންސޭސީންގެ ސަގާފަތުގެ އަސަރެވެ. ޖަޒާއިރުގެ ވަރަށް ގިނަ މީހުންނަކީ ފަރަންސޭސި ބަހުން ވާހަކަ ދައްކަން ދަންނަ މީހުންނެވެ. ފަރަންސޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންއަކީ ޖަޒާއިރުގެ ދަރިކޮޅަކަށް ނިސްބަތްވާ ކުޅުންތެރިއެއްކަން ފާހަގަކުރެވެއެވެ.




#Article 47: ދަނބިދޫ ލޯމާފާނު (241 words)


ދަނބިދޫ ލޯމާފާނަކީ ދިވެހި ލިޔުންތަކުގެ ތެރެއިން ފެންނަން އޮތް 3 ވަނައަށް އެންމެ ގިނަ ދުވަސްވީ އަދި އެންމެ އިތުބާރު ކުރެވޭ ލިޔުމެވެ. މިލޯމާފާނަކީ ލޯފޮތިތަކެއްގައި ރަދުންގެ ބަސްފުޅުތައް ލިޔެފައިވާ ލޯމާފާނެކެވެ. މިލޯމާފާނު ލިޔެފައިވަނީ ވަރަށް ކުރީގެ ދިވެހި ބަހުންނެވެ.

ހަނދުވަންހައިގެ އެންމެ އިސް މަނިކުފާނަށް ހެޔޮ ނަސީބު ޢިއްޒަތާ ބާއްޖަވެރިކަން ހުއްޓެވެ. އެއީ މާތްވެގެންވާ ތީމުގޭ މާތްވެގެންވާ މަހާވަރްނަ ބޮޑުރަސްގެފާނެވެ. ފުރިހަމަ ދެހިޔ (192) އާބާދީގެ (މީހުންއުޅޭ ރަށް) ރަސްކަލަކަށް ވީދުވަހުން ފެށިގެން އެކާވީސް އަހަރުން އޭނާ އަވަހާރަވީ ހިނދު ރަދުން ފަސްދާނުވެޑުވި ހިނދުން މިރަދުންނާ އެއްކިހުނު އުފަން ދައިތާފުޅުގެ (ނުވަރަ އަންހެން ކޮއްކޯފުޅުގެ) ދަރިކަލުން ސުވަސްތީ ސްރީ ތްރީބުވަނަ އާދީއްތަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ. ރަސްކަލަކަށްވީ ދުވަހުން ފެށިގެން ތިރީސް ފަސް އަހަރުން އޭނާ އަވަހާރަވި ހިނދު މިރަދުންނާ އެއްކިހުނު އުފަން ފިރިހެން ކޮއްކޯފުޅު ސުވަސްތީ ސްރީ ބުވަނާބަރަނަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ. ރަސްކަލަކަށް ވީދުވަހުން 9 އަހަރަށްފަހު އޭނާ އަވަހާރަވީ ހިނދު މިރަދުންނާއި އެއްކިހުނު އުފަން ދައިތާފުޅު (ނުވަތަ އަންހެން ކޮއްކޯފުޅުގެ) ދަރިކަލުން ސުވަސްތީ ސްރީ ދަރްމަނަންދަ ބޮޑުރަސްގެފާނަށް ވެއްޖެއެވެ. ރަސްކަލަކަށް ވީ ދުވަހުން ފެށިގެން 9 އަހަރުން އޭނާ އަވަހާރަވިއެވެ. އެހިނދު އެރަދުންނާއި އެއްކިހުނު އުފަން ފިރިހެން ކޮއްކޯފުޅަކީ މާތް ހަނދުވަންހައިން ވަޑައިގަތް

ރަތުރަންފަދަ އުޖާލާ އެންމެންގެ މެދުގައި މަޤްބޫލް ކަލަމިންޖާއެވެ. ފުރިހަ،ަ އެއްލައްކަ ޖަޒީރާ ރައްކައުތެރިކުރައްވައި، އެއްގޮތެއްގައި ސާބިތުވެ ހުންނަވާ މާތް ސާހިބާ އެވެ. ވަގުތުން ޖެހޭ ކަންތައް ވަގުތުން ކޮށްދެއްވާ 15 ވިލޭރޭގެ ހަނދެވެ. އެންމެންގެ ރުހުން ލިބިވަޑައިގަންނަވާ ފަދަ ސިފައާ ގޮތް ލިބިވަޑައިގެންވާ ކަލަމިންޖާ އެވެ. ހުސްވުމެއްނެތް ޖަވާހިރުގެ ޚަޒާނާއެއްފަދަ މަނިކުފާނު ވަނީ އެސްތަކުން ޖަރީވެފައިވާ ތާޖަކުން ޒީނަތްތެރ ވަޑައިގެންފައެވެ. ދިހަ ދަރިކޮޅުގެ ބާރު ލިބިވަޑައިގެންވާ ކަލަމިންޖާގެ ވާހަކަފުޅު ދެއްކެވުން މޮޅު މީހުންނާއި ދެރަ މީހުން ހަމަހަމައެވެ. ރަންމުތްތަކެއް ކަހަލަ ރީތި ބަސްފުޅު ތަކުންނެވެ. ތަޢާރަފްކޮށް މިދެންނެވި ކަލަމިންޖާގެ ރަސްކަމަށް ފެށުނީއެވެ. އެއީ މާތްވެގެންވާ ގަޑަނާދީއްތަ މަހާރަދުންނެވެ. މުޅި ރާއްޖޭގެ ރަސްކަލަކަށްވީ ދުވަހުން ފެށިގެން ހަތަރުވަނަ އަހަރު ތެރޭގައި ކުރީގެ ކާފަރު ރަސްކަލުން އެޅުއްވި ދަނބިދޫވޭރުގައި ހުރި މީހާ މަޤާމުން ވަކިކޮށް، ބުދު އުފުރާލާ ދަނބިދޫގައި ތިބި ކާފަރުންނަށް ޝަހާދަތް ކިޔަވައިދީ، ޚިޠާނު ކޮށް، ގ ޝަރީޢަތުގައި ހުރރިގޮތަށް ރޯދަ ހިފައިފައި ނަމާދުކޮށް ﷲ އަށް އަޅުކަންކުރަން އެންގެވިއެވެ. މާތްވެގެންވާ މުޙައްމަދު رَسُوْلُﷲ ދުނިޔެ ވީއްލަވައި

 




#Article 48: އަޙްމަދުދީދީ (1201 words)


އަލްޢައްލާމަތުއްޝައިޚް އަލްޙަކީމް އައިސާބީގެދަރު އަޙްމަދުދީދީ އަކީ ދިވެހިރާއްޖެ އުފެއްދި އެންމެ މޮޅު ދިވެހި ބޭސްވެރިޔާ ކަމުގައި ޙުސައިން ޞަލާޙުއްދީނު ވިދާޅުވެފައިވެއެވެ.

ފަޟީލަތުއްޝައިޚު އަޙްމަދުދިދީ އިބްނު އަލްޢައްލާމަތު އިބްރާހީމް ނުވަތަ އައިސާބީގެ ދަރު އަޙްމަދު ދީދީއަކީ ގަޑުވަރު އައްޝައިޚް ހުސައިންތަކުރުފާނުގެ އަލްއައްލާމަތުއްޝައިޚު އަލްޙާފިޡު އިބްރާހީމް ތަކުރފާނު އަޚޫހުލް ޤާޟީ މޫސާ ބަދުރުއްދީން (އައިސާބީގެދަރު ދޮންބެއްޔާ) ގެ ދަރިކަލުންނެވެ. މައިކަނބަލަކީ  ގަނޑުވަރު މުޙައްމަދު ތަކުރުފާނު އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު ރަދުންނަށް ދިއަފުރަސޫތާވުނުފަން އަލްއަމީރު އިބްރާހިމްފާމުލަދޭރިކިލެގެފާނުންގެ ޢާއިޝަތު ދޮށީދީދީއާއި ކާވެނިބައްލަވައިގެން ލިބުނު ގަޑުވަރު އަޙްމަދުދީދީ ގެ ދަރިކަނބަލުން ދޮންދީދީއެވެ. އަޙްމަދު ދީދީ ގެ މަތިފުށް ހަތަރު ފަރާތުންމެ،އަލްޢައްލާމަތު މުޙައްމަދު ޝަމްސުއްދީނުލްކަބީރު އިބްނުއްނާއިބު ޙަސަން އިބްނުމުހައްމަދުލް މިޞްރީ ބޮޑުފަނޑިޔާރު ތަކުރުފާނާއި އަލްފަޤީހު ޔޫސުފު ނާއިބު ކަލޭގެ ފާނާއި ގުޅިފައިވެއެވ. އަޙްމަދުދީދީ ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ 1298ހ. ގައި އައްޑޫމީދޫ އައިސާބީގެދަރު ގައެވެ.

އޭނާ ތަޢުލީމް ޙާޞިލު ކުރެއްވީ އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ތަޢުލީމީދެމަދުރަސާއިންނެވެ. އެއްމަދްރަސާއަކީ،އޭނާގެ އިލްމުވެރިބައްޕަ އަލްޢައްލާމަތުއްޝައިޚު އިބްރާހިމް ތަކުރުފާނުންގެ މަދްރަސާއެވ.އެއީ ވަރަށްގިނަ އިލްމުވެރިންތަކެއް އިލްމުވެރިވެގެން ނުކުތް މަދްރަސާއެކެވެ.މިމަދްރަސާއިން މޮޅުވެގެން ނުކުތް އިލްމު ވެރިން ގެ ތެރޭގައި ފަޟީލަތުއްޝައިޚު ހުސައިން ޞަލާހުއްދީން، ފަޟީލަތުއްޝައިޚް އިބްރާހިމްލުޠުފީ، ފަޟީލަތުއްޝައިޚު ޢަބްދުއްރަޙްމާނު،ފަޟީލަތުއްޝައިޚް އަޙްމަދު އިބްނު މުޙައްމަދު ދީދީފަދަ ބޮޑެތި އިލްމުވެރިން ހިމެނެއެވެ ދެވަނަ މަދްރަސާއަކީ އަލްޢައްލާމަތު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތު ގެ މަދްރަސާއެވެ. މި މަދްރަސާގައި 2 އަހަރުވަންދެން ތަޢުލީމް ހާޞިލް ކުރައްވަން ހުންނެވިއެވެ.

ހުސައން ޞަލާޙުއްދީނު ލިޔުއްވާފައިވެއެވެ. އަލްފަޤީހު އިބްރާހިމް ތަކުރުފާނު( ދޮންބެއްޔާ) ޙާޖީޢިމާދުއްދީނުގެ ރަސްކަމުގެ ކުރީކޮޅުގައި މާލެ ދުރުވި ދަތުރު ރަށަށް ފުރުއްވިއިރު މި ތަކުރުފާނާއި އެކުގައި މާލޭ ބޮޑުގަލުގޭ މޫސާދިދީގެ ފުތް ދަރަވަންދޫގޭ ހުސައިންދީދީ ޢިލްމު ކިޔެވުމުގެ އެދުމުގައި އައްޑުވަށް ދިޔައެވެ. އެއީ 1311ހ. މިވަނަ އަހަރުއެވެ. މި ދަތުރު އެތަކުރުފާނު ރަށަށް ދުރުވެފައި މި ޙުސައިންދީދީއަށާއި އެދުރުގޭ އަޙްމަދުދީދީ އަށާއި މިތަކުރުފާނުންގެ އަޙްމަދުދީދީއަށާއި ކިޔަވައި ދެއްވަން ފަށްޓަވައިފިއެވެ. މި އިރު މި ތިންމީހުންގެ އުމުރުން ތޭރަ އަހަރުވެގެން ސައުދަ އަހަރަށް އަޅައިގަތީއެވެ. ދޮންބެއްޔާ ދެއްވި ތަޢުލީމު ފުރިހަމަވުމުން، ހުސައިންދީދީ މާލެ ފޮނުއްވަމުން އެދުރުގޭ އަޙްމަދދީދީ އާއި ހުސައިންދީދީޔާއި ދެބޭފުޅުންނަށް ދޮންބެއްޔާ ބުނުއްވި ކަމަށް ސަލާހުއްދީނު ލޔުއްވާފައި ވެއެވެ.  ދެން ތިޔަގެ ދެކުދީން ނާއިބު ތުއްތޫގެ އަރިހަށް ދިޔުމުން ކިޔެވިދާނެޔޭ ކިޔަވައި ނުދެއްވައެއް ފަރަކުވެސް ނުޖެހޭނެ މެޔޭ ދެން ހުސައިން ދީދީ މާލެ އަތުވެއްޖެއެވެ. ދެ އަޙްމަދުދީދީ އައްޑޫގައި ކިޔެވުމާއިގެން މަޝްޣުލުވެ ތިއްބެވީއެވެ. އަދި ނާއިބު ތުއްތު އެ ދުވަސް ވަރު ގިނަ ގިނައިން އުޅުއްވީ އުތުރު ރަށްރަށުގައި ކަމަށާއި މާލޭގައި ވަޒަންވެރިވެ ހުންނަވާން ފެށުމުން ހުސައިންދީދީ ކިޔަވާ ވިދާޅުވާންފަށްޓަވާފައި އައްޑުވަށް ސިޓީފޮނުވުމުން އެދުރުގޭ އަޙްމަދުދީދީ މާލެ ވަޑައިގެން ކިޔަވާވިދާޅުވާންފެއްޓެވިކަމަށާއި ދުވަސްކޮޅަކުން ދޮންބެއްޔާގެ އަޙްމަދުދީދީ ވެސް މާލެ ވަޑައިގެން ދެއަހަރެއް ވާންދެންނާއިބުތުއްތު ގެ އަރިހުންކިޔަވާ ވިދާޅުވާން މާލޭގައި ހުންނެވިކަމަށް ލިޔުއްވާފައި ވެއެވެ.

ސަލާހުއްދީނުގެ ލިޔުއްވުންތަކުން އެނގޭގޮތުގައި،ދޮންބެއްޔާ ކިޔަވައި ދެއްވިމާއްދާ ތަކުގެ ތެރޭ ގައި ފިޤްހު، ތަފްސީރު،ޙަދީޘް، އަރަބިބަސް، ޑިކްޝްނަރީ ބަލަން ދަސްކޮށް ދިނުން ފަދަ މާއްދާތައް ހިމެނުނެވެ. ކިޔަވައިދެއްވި ފޮތްފޮތުގެ ތެރޭގައި ތަފްސީރު މަޢާލިމުއްތަންޒީލާއި  އާޖުރޫމިއްޔާ ކިޔާ ނަޙްވު ފޮތެއް ހިމެނެއެވެ.

އަދި 54 ފަރްޟު މި ފޮތުގައި ލިޔުއްވާފައިވެއެވެ. އެފޮތަކީއަހުރެންގެ އުމުރުން 14 އަހަރުގައި އައްޑުވަށް ގޮސް އަހުރެންގެ އެދުރު އަލްއާލިމު އަލްފާޟިލު އައްޝައިޚް އިބްރާހިމް އިބްނު ޙުސައިނުލްމީދުވިއްޔު މި ކަލޭގެފާނުންގެ ގޭގައި ކިޔަވަން ހުރި ދުވަސްވަރުގައި ކިޔަވައި ދެއްވި ފޮތެކެވެ. މި ކޔެވި ފޮތްލިޔުއްވާފައިވަނީ އައްޝައިޚް އިބްރާހިމް ތަކުރުފާނު ގެ އެއްކިހުނު ފަތް އަލްޢާލިމް އަލްފާޟިލް އަލްޤޟީ މޫސާބަދުރުއްދީނުލް އައްދުވިއްޔު މިތަކުރުފާނުންގެ އަތްޕުޅުންނެވެ. ލިޔުއްވައި ނިންމަވާފައިވަނީ 1291ހ. މިވަނަ އަހަރުގައެވެ.އަހުރެންމާލެ އައިސް މާލޭގައި ހުރެ ރޭދުވާ ތަކުރާރުވަމުން އައިސް އަހުރެންގެ އުމުރުން ސާޅީސް އަހަރު ވެއަތުވެގޮސް މުސްކުޅި އަތަށް އެޅުނު ފަހުން އެފޮތުގެ މަތީން ހަނދާންވާން ފަށައިފިއެވެ. އެފޮތުގައި ހުރި ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘް ތައް ދަސްވެފައި ހުރިކަމާއި އެކު ފޮތް އޮތް ތަރްތީބު ގޮތެއް ހަނދާން ނެތެވެ. ދެން ފޮތްދެކެލާން ބޭނުންވެގެން އަހުރެންނާއެކު އިލްމު އުނގެނޭން އުޅުއްވި އަޙްމަދު އިބްނު އިބްރާހިމް ތަކުރުފާނު މިދީދީއަށް ސިޓީލިއުމުން އޭނާ އެފޮތް ފޮނުއްވައިފިއެވެ. އަޙްމަދު ދީދީ އަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާނެތެވެ.

އަލްއުސްތާޛް މުޙައްމަދު ޖަމީލު ލިޔުއްވާފައިވެއެވެ. ފަޟީލަތުއްޝައިޚް ހުސައިން ޞަލާޙުއްދީނަކީ މިދެންނެވި ޢިލްމު ވެރިޔާ( ދޮންބެއްޔާ) އަރިހުން ދަރިވަރުވެގެން މޮޅުވި އާލިމެކެވެ. ހަމަ އެފަދައިން މާންދޫގޭ އަލްއަމީރު ދޮށީމަނިއްޕުޅަށް އަރަބިބަސް އުނގަންނައި ދެއްވީވެސް އަލްފަޤީހު އިބްރާހިމް ތަކުރުފާނު ދޮންބެއްޔާއެވެ. ސ. އަތޮޅުގެ ދަރީން ކުރެ އަލްމަރްޙޫމް އެދުރުގޭ ފަޟީލަތއްޝައިޚްއަހްމަދު ދީދީއާއި، ދޮންބެއްޔާގެ ދަރިކަލުންފަޟީލަތުއްޝައިޚް އަޙްމަދުދީދީ އަކީ ވެސް ދޮންބެއްޔާގެ އަރިހުން ދަރިވަރުގެން ނިކުތް މޮޅު ޢާލިމުންނެވެ. ދޮންބެއްޔާގެ އަޙްމަދުދީދީގެ މަޝްހޫރު ބޭސްފޮތް (ޠިއްބުލްފުޤަރާއި) މިއީ ދިވެހި ފޮތްތެރިކަމުގެ ތެރެއަށް އޭނާ ދޫކުރައްވާފައިވާ ވަރަށްވެސް އަގުހުރި މުދަލެކެވެ.

ފަޟީލަތުއްޝައިޚްއަޙްމަދު ދީދީ އަކީ އަކީ ފިޤުހު،ތަފްސީރު ޙަދީސް، ނަޙޫ ޞަރްފު ޢިލްމުލްބަލާޣާ ފަދަ ދީނީ އިލްމުތަކުގައި އަރާހުންނެވި ބޭފުޅެކެވެ. މަސައްކަތްތެރިކަމާއި ރީތިކޮށްއަރަބިތާނަ ލިޔުއެވުމާއި އެނޫންފަންނު ތަކުގައި ކުޅަދާނަ މާހިރެކެވެ. ދިވެހިރާއްޖެ ދުވަކުވެސް ދުށް ކުޅަދާނަ ހަކީމީބޭސްވެރިޔާއެވެ.

 
ހީނަރުވެފައި އޮތް އިހުގެ ދިވެހި ބޭސްވެރިކަން ދިރުއްވައި ތަރައްޤީ ކުރުމަށް ދިވެއްސަކު ދުވަހަކުވެސް ނުކުރާ މިންވަރަކަށް ފަޟީލަތއްޝައިޚް މަސައްކައތް ކުރެއްވިއެވެ. ޢަރަބިބޭހުގެ އިލްމުގައި ޢޭނާ އަށް ލިބިފައިވާ ކުޅަދާނަ ކަން އޭނާ ގެ މި މަޤްސަދުގައި  އޭނާއަށްމަތީދަރަޖައަކަށް އެހީތެރިވިއެވެ. 
 
ދިވެހިބޭސްވެރިކަން ދިރުއްވުމަށް އޭނާ މުޠާލަޢާކުރައްވަމުން ގެންދެވީ ބޭސްވެރިކަމުގެ މައިދާނުގައި މުޅި ދުނިޔޭގައި ވިދި ރިފަރެންސް ފޮތްތަކެވެ އާދެ! ތަސްހީލުލްމަނާފިޢު، ކިތާބުއްރަޙްމަތި ލިއްސުޔޫޠީ، ތަޛްކިރަތުލްއިންޠާކިއްޔާ މުފްރަދާތު އިބްނުލްބައިޠާރު،އަބޫބަކުރއްރާޒީގެ އަލްޙާވީ، އިބްނުއްނަފީސުގެ މޫޖަޒުލްޤާނޫނު، އިބްނު ސީނާގެ ޤާނޫނު ފަދަ އިސްލާމީ ސިވިލައިޒޭޝަނުގެ ބޭސްވެރިކަމުގެ ފަންނާއި ގްރީކުންގެ ބޭސްވެރިކަމުގެ ފޮތްތައް ދިރާސާކުރެއްވުމަށްފަހު ދިވެހިބަހުން ބޭސްފޮތްތައް ލިޔއްވިއެވެ. އޭގެ ތެރެއިން ފަސް ފޮތް މިހާރުވެސް ފެންނަނަން އެބައޮތެވެ.އެބޭސްފޮތްތައް މުޠާލިޢާ ކުރާމީހަކަށް އަޙްމަދުދީދީ ގެ ޢަރަބިބަހާއި ދވެހިބަހުގެ ފެންވަރުގެ މަތިވެރިކަން ވަންހަނާވެގެން ނުވާނެއެވެ. މިހެނީ އާދައިގެ ޢަރަބިބަހުގެ ފޮތެއް ތަރްޖަމާކުރުމަށްވުރެ ބޭސްވެރިކަން ފަދަ ފަންނު ގެ ފޮތްތައް ތަރްޖަމާކޮށް، ފަތްޕިލާވެއްޔާއި ބޭހުގެ މާއްދާތަކާއި ބަލިބައްޔައް ކިޔާނަންތައް ދިވެހި ބަހަށް ގެނައުން މާ އުނދަގޫ ވާނެއެވ. އޭނާބޭސްވެރިކަމުގެ ރޮނގުގައި ލިޔުއްވި އެންމެ ބޮޑު އަދި އެންމެ އަގުހުރި ފޮތަކީ ޠިއްބުލްފުޤަރާއި ފީ ހިކްމަތިލްއުމަރާއި އެވެ. 

އަހްމަދުދީދީ ގެ ބޭސްވެރިކަމާއި އިލާޖްގެ މަޤްބޫލުކަން ހުއްޓިގެންވީ ދިވެހި ޖަޒީރާތަކަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ކަނޑުތައް ހުރަސްކޮށް އޮޅުދޫ ކަރައިގެ ޑޮކްޓަރުން ގެ މެދުގައިވެސް އޭނާގެ ބޭސްވެރިކަމަށް މަޤްބޫލުކަން ލިބުނެވެ. އާދެ، އޭނާގެ އަރިހުން ބޭސް ފަރުވާ ހޯދިމީހަކު، އެދުވަސްވަރު ސިލޯނުގެ ޑޮކްޓަރެއްގެ ގާތަށް ދިޔުމުން އަޙްމަދު ދީދީ އޭނާއަށް ބޭސް ކުރެއްވިގޮތީ އޭނާގެ އެބައްޔަށް ފަރުވާދެވޭނޭ އެންމެ ރަނގަޅު ގޮތްކަމަށް ލަފާ ދެއްވިއެވެ. އެލަފާގެ މަތިން އެމީހާ ރާއްޖެއަށް އައި އިރު ޢަޙްމަދު ދީދީ ވަނީ އަވަހާރަވެފައެވެ.

ފިޒިޝަނުންނަކީ ކޮންމެ ވަގުތެއްގައިވެސް ބަލިމީހުން ގެފުރާނަ ސަލާމަތް ކުރުމުގެ މަތިވެރިވާޖިބު ގައިދެމިތިބެން ޖެހޭބަޔެއްކަން އޭނާވަނީ ސާބިތުކޮށް ދައްކަވާފައެވެ.އައްޑޫ އަތޮޅުމީދޫގައި މީހަކު މަރުވެގެން އެމައްޔިތާގެ މޫނު ދެކިލާންޙްމަދު ދިދީ ވަޑައިގެންނެވިދުވަހެކެވެ. މަރުވެފައި އޮތްމީހާގެ މޫނު ހަމަފެނިވަޑައިގަތުމާއެކު އޭނާ ވަޅުނުލައި ބާއްވަން ވިދާޅުވެފައި ގެއަށް ވަޑައިގެންފައިއެނބުރި ވަޑައިގަތީ ބޭހާއިފަރުވާދޭނޭ ސާމާން ހިއްޕަވައިގެންނެވެ.އޭނާގެ ދުލުގެ ކޮޅުގައި ބޭހެއްޖައްސަވައި އޭނާގެ ވިންދު ބައްލަވައި ހެއްދެވުމަށްފަހު،ކަފުން ބާލަން ވިދާޅުވިއެވެ.  އޭގެފަހުގައި އެތަނުން އަހްމަދު ދީދީ އެތަނުން ތެދުވެވަޑައިގަތީ އެމީހާ ތެދުވެ ހަރަކާތް ކުރާންފެށިފަހުންނެވެ. އެމީހާ މަރުވީ އޭގެފަހުގައި ފުރިހަމަ ސިއްހަތުގައި ހުރެ  3 ފިރިހެންދަރިން ލިބި ބޮޑުވި ވެސް ފަހުންނެވެ.

އަޙްމަދު ދީދީ ބޭހުގެ ރޮނގުގައި ވަރަށްގިނަ ފޮތްތައް ލިޔުއްވިއެވެ. އަދި އެނޫން ރޮނގުތަކުގައިވެސް ފޮތްތައް ލިޔުއްވިއެވެ.އެހުރިހާ ފޮތްތައް ލިޔުއްވާފައި ހުރީ އަނދުން ދަވާދުން ކަމުން ވަރަށް ގިނަ ފޮތްތައްހަލާކުވެގެން ދިޔައެވެ. އަދި މީގެ އިތުރުން އޭނާ ދޫކުރެއްވި ފޮތްތެރިކަމުގެތަރިކަތައް ހުރިހާފަހަރަކު ޖެހުނީ އޭގެ މައްޗަށްއަމާނާތްތެރި އަތްތަކުގައިނޫންކަމަށް ވުމުން ވެސް ވަރަށް ބޮޑުބައި ދިޔައީގެއްލިގެންނެވެ.އޭނާ ލިޔުއްވި އެންމެ އަގު ހުރި ފޮތަކީ ޠިއްބުލް ފުޤަރާއި ފީ ޙިކްމަތިލް އުމަރާއި އެވެ.

އަހްމަދު ދީދީ ދިރި އުޅުއްވީ އޭނާ ގެ އުފަން ރަށް އައްޑޫ އަތޮޅު މީދޫ ގައެވެ. ނަމަވެސް އޭނާބޭސް ފަރުވާ ގެ ޚިދްމަތް ދެއްވަން މާލެ އާއި ރާއްޖޭގެ އެކިތަންތަނަށް ގިނަގިނައިން ދަތުރު ކުރައްވާ އުޅުއްވިއެވެ. އޭނާ ތަނކަށް ވަޑައިގެން ފިއްޔާ އެތަނެއްގައި އޮންނަނީ ކުލިނިކް ހުޅުވިފައެވެ. ބޭސް ފަރުވާގެ ޚިދްމަތް ދިވެހިންނަށް އޭނާ ދެއްވީ މުޅިންވެސް ހިލޭ ދަރުމައަށެވެ. އެއްވެސް އަގެއް އުޖޫރައެއް ނު ހިއްޕަވައެވެ.  އައްޑޫ އަތޮޅު މީދޫ ގެ ނާއިބު (ޤާޟީ) ކަން ކުރެއްވި އެވެ. އަވަހާރަވީއިރު ވެސް އޭނާ ހުންނެވީ އެ މަޤާމުގައެވެ.

ބޭސްވެރިކަމުގެ ރޮނގުގައި އޭނާގެ އަރިހުން ކިޔަވއިގެން މޮޅުވި ދަރިވަރުންތަކެއް،ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެދުނެވެ. އޭނާގެ ދަރިވަރންގެ ތެރޭގައި އޭނާގެ ދެދަރިކަލުންއިބްރާހިމްދީދީއާއި މުޙައްމަދު ދީދީ އާއި ކުދުރަނިޔަގެ އައްޝައިޚް މުހައްމަދުމަނިކުފާނަކީ ފާހަގަކުރެވޭ  ތިންހަކީމުން ކަމުގައި ވިއެވެ. މި މުޙައްމަދު މަނިކުފާނަކީ އަޙްމަދު ދީދީއަށް ބޮޑުބޭބެ ވިދާޅިވާބޭފުޅެކެވެ.

އަޙްމަދު ދީދީ  އަވަހާރަ ވީއިރުއަޙްމަދު ދީދީ އަރަބި ތާނަ ލިޔުއްވުން ރީތި ބޭފުޅަކަށް ވުމާއެކު އަރަބި ބަހުގެ ތުރާޘީ ފޮތްތައް، އަލް އިމާމުއްނަވަވީގެ މިންހާޖު، އަލްއާޖުރުމިއްޔާ ފަދަ ފޮތްތައް އޭގެ އަސްލު ޗާޕު ފޮތްފޮތުން ބައްލަވައިގެން ވަރަށް ރީތިކޮށް ލިޔުއްވާފައި ހުއްޓެވެ. މީގެ ބައެއްފޮތްތައް އަދި މިހާތަނަށްވެސް އެބަހުއްޓެވެ. މި ބުރަ މަސައްކަތް ކުރެއްވީ އިލްމަށް އޭނާގެ ހުރި ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަބަދުވެސް ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުންތަކަކަށް އުނގަންނަވައި ދެއްވުމުގައި ހޭދަ ކުރެއްވި އުސްތާޒަކަށްވެފައި، އެޒަމާނަކީ ޗާޕް ފޮތްތައް ދަރިވަރުންނަށް ޢާންމުކޮށް ލިބެންހުރި ޒަމާނަކަށްނުވުމާއެކު، ގިނަ ދަރިވަރުންނަށްބޭނުންހިފޭނޭ ފޮތްތައް ލިޔުއްވުމަށެވެ. 

ރަށުގެ ނާއިބު ކަމުގައި ހުންނަވައި،މުޢާމަލާތުގެ ޢަޙްކާމުގައި ފޮތެއް ލިޔުއްވިއެވެ. ދިވެހި ތާރީޚާއި އިސްލާމީ ތާރީޚާއި ނަސަބުގެ އިލްމާއި މީދޫ ގެ ވަޤުފުތަކާއި އެރަށުގެ ދަރިކޮޅުތަކުގެ މައްޗަށް ފޮތެއް ލިޔުއްވި އެވެ.

އަހްމަދު ދީދީ އަކީ އިލްމު ވެރިއަކަށް،އަދި ބޭސް ވެރި ހަކީމަކަށް ވުމުގެ އިތުރަށް މަސައްކަތް ތެރިކަމާއި ހުނަރު ވެރިކަމުގެ ރޮނގުތަކުގައި ވެސް ފަންނު ތެރި އެކެވެ. ނަމަވެސް،އޭނާ އެންމެ ޚާއްޞަ ޢިނާޔަތެއް ދެއްވީ ބޭސް ވެރި ކަމުގެ ރޮނގަށެވެ.އަލްފާޟިލު އަޙްމަދު ޝަފީޤު އެކުލަވާލެއްވި ދިވެހިމަސައްކަތްތެރިކަން މިފޮތުގައި އޭނާ ލިޔުއްވާގޮތުގައި ފަޟީލަތުއްޝައިޚް އަޙްމަދު ދީދީ އަކީ ލާގެ މަސައްކަތުގެ އުސްތާޛެކެވެ.

ބޭސް ވެރިކަމާއި އެ ނޫން ރޮނގު ތަކުގައި، އޭނާގެ އެންމެ ބޮޑު އުސްތާޒަކީ އޭނާގެ އިލްމު ވެރި ބައްޕަ އަލްޢައްލާމަތު،އައްޝައިޚު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު(އައިސާބީގެ ދަރު ދޮންބެއްޔާ) އެވެ. އެތަކުރުފާނަކީ، ދިވެހި ހަކީމުން ގެތެރެއިން ޔޫނާނީ އަރަބިބޭހާއި ދިވެހިބޭހުގެ ރޮގުގައި އެންމެ އަރާ ހުންނެވިއެއްހަކީމެވެ.ދޮންބެއްޔާ އަކީ ،އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު މުސްކުޅި ބަންޑާރައިންގެޒަމާނުގައި އެރަދުންގެ ޚާއްޞަ ފިޒިޝަންވެސްމެއެވެ.  

މާލޭގައި ،އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތުގެ އަރިހުން ތައުލީމް ހާސިލުކުރައްވަން އުޅުއްވިދުވަސްވަރު، އައްޝަްއިޚް އަލީ ހުސާމުއްދީނުއްނުސުކިލް ޤާދިރީ ގެ އަރިހުން އަޙްމަދުދީދީ އިތުރު އިލްމީ ފާއިދާ ތައް ހާސިލު ކުރެއްވި އެވެ.

އަޙްމަދު ދީދީ އަވަހާރަވިއިރު އޭނާގެގޭ(މިހާރުގެސ. މީދޫ،އަލިވާގެ)ގައި ލައިބްރަރީއެއްހައި ގިނަ އަދަދެއްގެ ފޮތްތައް ހުއްޓެވެ. އަޙްމަދު ދީދީ އަވަހާރަވީބޭސްފޮތް ލިޔުއްވަން ވަރަށް ގިނަ ވަގުތުއެއްތަނެއްގައިށީނދެ ވަޑައިގެން ހޭދަ ކުރެއްވުމާއި ގުޅިގެން ޖެހި ވަޑައިގަތް އާލާސްކަން ފުޅެއްގައެވެ. ފޮތް ލިޔުއްވާ ނިމުނުތާ ގިނަދުވަހެއްނުކޮށެވެ.އެއީ11 ޝަޢުބާން 1357ހ. ދުވަހެވެ. ފަސްދާނު ލެވުނީ ކޯގަންނު ގަބުރުސްތާނުގައި ބޮޑު ފަނޑިޔާރު ތަކުރފާނު މިސްކިތު ކާރީގައެވެ. އަޙްމަދު ދީދީ ގެ އަނބިކަނބަލުންނަކީ ސ. މީދޫގަނޑުވަރު އަޙްމަދު  ދީދީގެ ޢަލިދީދީގެ މަރިޔަމް ދީދީ އެވެ. އަޙްމަދު ދީދީއާއި މަރިޔަމް ދީދީ ގެ ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ އިބްރާހީމް ދީދީއާއި މުޙައްމަދު ދީދީއެވެ. ގދ. ފިޔޯރީ ބޭކަނބަލަކާއި ކާވެނި ބައްލަވައިގެން ބޭފުޅަކު ލިބި ވަޑައި ގަތެވެ. އެއީ ޢަލި ދީދީއެވެ. މުހައްމަދު ދީދީއާއި އަލިދީދީ ގެ ދަރިކޮޅު އެބައޮތެވެ. ރަޙިމަހުﷲ ވަނަފަޢަނާބިހީ.

އަލްއުސްތާޛް ޢަބްދުﷲ ސަޢީދު:
ފަޟީލަތުއްޝައިޚްއަޙްމަދު ދީދީއަށް މުނިކާފަ ވިދާޅުވާ ބޭފުޅުންގެ ތެރެއިން ފަޟީލަތުލް އުސްތާޛުއް ޝައިޚް ޢަބްދުﷲ ސަޢީދަކީ ރާއްޖޭގެ ވަރަށް ފުންނާބުއުސް ޤާނޫނީ ވަކީލެކެވެ. ޤާނޫނުގެ ޢިލްމާއި ދީނީ ޢިލްމާއި ތާރީޚްގެ އިލްމުފަދަ ރޮނގުތަކުގައިއަރާހުންނެވި އިލްމުވެރިއެކެވެ.




#Article 49: ކަޅު ހުވަފަތް މަކުނު (121 words)


ކަޅު ހުވަފަތް މަކުނަކީ (Latrodectus mactans) ނާރުތަކަށް އަސަރުކުރުވާ ވިހައެއް ދޫކުރާ މަކުނެކެވެ. މި މަކުނު ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެނެއެވެ. ގިނައިން ފެންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދަނޑުވެރިކަން ކުރާ ސަރަހައްދު ތަކުންނެވެ. އިނގިރޭސި ބަހުން މިމަކުނަށް ކިޔާ ނަމަކީ black widow spider އެވެ. މިއީ ހުވަފަތް މަކުނު އާއިލާގެ މަކުނެކެވެ. ހުވަފަތް މަކުނު އާއިލާގައި 31 ވައްތަރުގެ މަކުނު ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރޭގައި އޮސްޓޭލިޔާގެ ރަތް-ބުރަކައްޓާއި މުށި ހުވަފަތް މަކުނު ހިމެނެއެވެ. ދެކުނު އެފްރިކާގައި މި މަކުނަށް ކިޔަނީ ގޮށް މަކުނެވެ button spider އެވެ. މި މަކުނަށް ބައެއް މީހުން މަޑި މަކުނޭ ވެސް ކިޔައި އުޅެއެވެ.

ފުރާފުރިހަމަ ވެފައިވާ ކަޅު ހުވަފަތް މަކުނުގެ އަންހެން މަކުނުގެ ކުލަ އަކީ ވިދާ ކަޅުކުލައެވެ.

ވިހަގަދަ އެހެން ދިރޭސޫފިތައް ފަދައިން މީގެ ހަށިގަނޑުގައިވާ ކުލަގަދަ ފާހަނގަތަކަކީ އެންދިރޭތަކެއްޗަށް މީގެ ވިހަގަދަކަން އަންގައިދޭ އަންގައިދިނުމެކެވެ. އެހެންނަމަވެސް އެހެން ދިރޭޖަނަވާރެއް މި ވަހަގަދަ މަކުނު ކެއުމަކުން އެޖަނަވާރުގެ މަރާއިބައްދަލުކުރާކަށް ނުޖެހެއެވެ. (މިސާލު: ދޫނި) އެހެންނަމަވެސް އެޖަނަވާރަށްވާ އުނދަގުލުގެ ސަބަބުން ދެވަނަ ފަހަރަށް އެމަކުނު ކައިގެންނުވާނެކަން އެއަށް ވިސްނެއެވެ. 




#Article 50: ޢައްބާސް އިބްރާހީމް (166 words)


ޢައްބާސް އިބްރާހީމް ނުވަތަ ތުޅާދޫގޭ ޢައްބާސް އަކީ އަދީބެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. މި މަނިކުފާނު މިހާރު ހުންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީސްގެ ރައީސް ކަމުގެ މަގާމުގައެވެ.
ޢައްބާސް އިބްރާހީމް އަކީ ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. ބައްޕަ އަކީ ތުޅާދޫގޭ އިބްރާހީމް މަނިކު ދޮންމަނިކު އެވެ. މަންމައަކީ ޙައްވާ އާދަމް (ހިމިތީ ޙައްވާ މަނިކެ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 13އޮގަސްޓް 1941 ގައެވެ.
ޢައްބާސް އިބްރާހީމް ތަޢުލީމް ޙާޞިލްކުރެއްވީ ދިވެހިރާއްޖެއިންނެވެ. ނަމަވެސް ދިވެހިރާއްޖެއިން ބޭރުން ކޯސްތަކެއް ހަދާފައިވެއެވެ. މަޖީދިއްޔާގެ މުސްކުޅި ދަރިވަރެކެވެ. އިގިރޭސި އަދި އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. ދިވެހި ބަހުގެ ފުންނާބު އުސް އަދީބެކެވެ. މޮޅު ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާއިރެކެވެ. މޮޅު ވާހަކަ ދެއްކުންތެރި އެކެވެ. ޢައްބާސް އިބްރާހީމް ވަނީ ތަފާތު ފޮތްތައް ނެރުއްވާފައެވެ. ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1955 ވަނަ އަހަރު ވުޒާރަތުއް ދާޚިލިއްޔާގެ ކާތިބުކަމުގެ ވަޒީފާ އިންނެވެ. އަދި މަދަރުސަތުއް ޞަލާޙިއްޔާ އާއި މަދަރުސަތުލް ޢާލިޔާގެ މުދައްރިސްކަން ވެސް ކުރެއްވި އެވެ. 

ޢައްބާސް އިބްރާހީމް އަކީ ނޫސް ވެރިކަމުގެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މިގޮތުން :-

ޢައްބާސް އިބްރާހީމް ގެ ޒުވާން ދުވަސްވަރު ދެކުނު ތިންއަތޮޅުގައި ހިނގި ގަޑުބަޑު ހަމަޖެއްސެވުމަށް އޭރުގެ ބޮޑު ވަޒީރު އިބްރާހީމް ނާޞިރު އާއެކު، ގައުމީ ޚިދުމަތުގައި ވަޑައިގެންނެވިއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. 

އަލްފާޟިލް ޢައްބާސް އިބްރާހީމަށް 2013 ވަނަ އަހަރު ވަނީ ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް ( ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ) އަރުވާފައެވެ.




#Article 51: ބަޢަޘް ޕާޓީ (109 words)


ޢަރަބި އިޝްތިރާކީ ބަޢަޘް ޕާޓީ (ޢަރަބިން: حزب البعث العربي الاشتراكي) އުފެދިފައިވަނީ 1945 ވަނަ އަހަރުގައެވެ. މިޕާޓީ އަކީ އިލްމާނީ، އަރަބި ގައުމިއްޔަތީ، އަދި ސިޔާސީ ޕާޓީއެކެވެ. މި ޕާޓީގެ ގޮފިތައް އަރަބި ބައްރުގެ ތަފާތު ގައުމުތަކުގައި އުފެދިފައިވި ނަމަވެސް، މި ޕާޓީ އެންމެ ވަރުގަދަ އަށް ޙަރަކާތްތެރިވަނީ ޢިރާޤާއި ސޫރިޔާގައެވެ. މިދެ ގައުމުގެ ވެރިކަން ބަޢަޘް ޕާޓީ އަށް ލިބިފައިވަނީ 1963 ގައެވެ. 1966 ގައި ބަޢަޘް ޕާޓީ ދެ ޖަމާއަތަކަށް ބެހުނެވެ. އަދި މުޅިންވަކި ދެ ބައިގެގޮތުގައި ހަރަކާތްރެރި ވާންފެށިއެވެ. މި ދެ ޕާޓީވެސް ބޭނުން ކުރަނީ ހަމަ އެއްނަމެކެވެ. ބަޢަޘް ޕާޓީ މިނަމެވެ.

ބަޢަޘް ޕާޓީ ސޫރިޔާގެ ވެރިކަމާ ހަވާލުވެފައިވަނީ 8 މާރޗް 1963 ގައެވެ. އަދި ހަމަ އެހެންމެ ޢިރާޤުގައި 1963 ގައި ވެރިކަން ކުރިއެވެ. ނަމަވެސް އަލުން ވެރިކަމަށް އައީ 1968ގައެވެ. އަދި ބާރުދިޔައީ 2003 ވަނަ އަހަރު އެމެރިކާއިން އެގައުމުގެ މައްޗަށް ހަންފެތުރުމުންނެވެ. އަދި މިގައުމުގެ މައްޗަށް ދެންވެރިވި ސަރުކާރު ބަޢަޘް ޕާޓީ އުވާލެއްވިއެވެ.




#Article 52: ޢަރަބި (106 words)


ޢަރަބި ބަހަކީ ސާމީ ގޮތްޕަށް ނިސްބަތްވާ ބަސް ތަކުންގެ ތެރެއިން ވާހަކަދައްކާ މީހުންގެ ޢަދަދަށް ބަލާއިރު އެންމެ މައި ބަހެވެ. މި ބަސް ފަޞްލުކުރެވިފައިވަނީ މެދުތެރޭ ސާމީ ބަހެއްގެ ގޮތުގައެވެ. ޢަރަބި ބަހަކީ ޢިބްރާނީ ބަހާއި އާރާމީ ބަހާ ވަރަށް ގުޅުން ހުރި ބަހެކެވެ. ޒަމާނީ ޢަރަބި ބަހަކީ 27 ބަހުރުވަ އޭގެ ތެރޭގައި ހިމެނިފައިވާ މާ ބަހެކެވެ. ޢަރަބި ބަހުގެ ތަފާތު ބަހުރުވަ ތަކުން ޢަރަބި ދުނިޔޭގައި ވާހަކަ ދައްކާ އުޅެއެވެ. އަދި ހަމަ އެހެންމެ އިސްލާމީ ދުނިޔޭގައި ޢަރަބި ފުޞްޙާ ނުވަތަ ސާފު ޢަރަބި ބަސް ކިޔަވައިދެވެއެވެ. 

ހުޅަނގު ޔޫރަޕުގެ ބަސްބަހުގެ ތެރެއަށް ގިނަ ޢަދަދަކަށް ލެޓިން ބަސް ވަދެފައިވާ ފަދައިން އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބަސްބަހަށް ވަނީ ޢަރަބި ބަހުގެ ލަފްޒުތައް ގިނަ ޢަދަދަކަށް ވަދެފައެވެ. 

ޢަރބި ބަހޭ ބުނުމުން އެ ބަހުން އަދަބީ ޢަރަބި ކަމުގައިވާ ފުޞްޙާ އަށް ވެސް އިޝާރާތް ކުރެވެއެވެ. 

 

 

 

 
ފިލިތައް 
އަކުރުތައް 
ސިލެބްލް ސްޓްރަކްޗަރ 
ސްޓްރެސް 
ބަހުރުވައިގެ ތަފާތުތައް 




#Article 53: ތާޖް މަޙަލް (110 words)


ތާޖް މަޙަލް (ހިންދީން: ताज महल, އުރުދޫ, ފާރިސީ:تاج محل) އަކީ ހިންދުސްތާން ގެ އާގަރާ ގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ކުރެވުނު ހަދާނީ ބިނާއެކެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ. މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1632 ވަނަ އަހަރު އެވެ. މުޅި އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައެވެ. ތާޖު މަހަލް ގެ ޢިމާރާތް ފަރުމާ ކުރުމުގައި އިސްދައުރެއް އަދާކުރެއްވި މައި ފަރުމާ ކުރުންތެރިޔަކީ އުސްތާޛު އަހުމަދު ލަހޯރީ އެވެ. ތާޖް މަހަލް އަކީ މުގަލް އާކިޓެކްޓަރ ދައްކައިދޭ ވަރަށް ރީތި މިސާލެކެވެ. ތާޖު މަހަލްގެ ޢިމާރާތުން ފާރިސީ، ތުރުކީ، ހިންދީ، އަދި އިސްލާމީ ދައުލަތް ތަކުގެ ޢިމާރާތްތައް ކުރުމުގައި ގެންގުޅެފައިވާ ފަންނުތައް ފެންނަން އެބަހުއްޓެވެ.




#Article 54: ފާރިސީ (113 words)


ފާރިސީ ބަހަކީ ހިންދުވިލާތީ ބަސްތަކުގެ އާއިލާގެ ހިންދީރާނީ ގޮފީގެ އީރާނީ އާއިލާގެ ހުޅަނގު އީރާނީ ގޮފީގެ ހުޅަނގުދެކުނު އީރާނީ ކުރިޔަށް ނިސްބަތް ވާ ބަހެކެވެ. 

ފާރިސީ ބަހުގެ މައިގަނޑު ތިން ބަހުރުވަ ފާހަގަ ކުރެވެއެވެ. އެއީ އީރާނީ ފާރިސީއާއި، ދަރީއާއި، ތަޖިކީއެވެ. އީރާނާއި އަފްޣާނިސްތާނުގައި ފާރިސީ ބަސް ލިޔަނީ އިރުމަތީ އަރަބިފާރިސީ އަކުރުންނެވެ. ތަޖިކިސްތާނުގައި ލިޔަނީ ސިރީލީފާރިސީ އަކުރުންނެވެ. ފާރިސީ ބަހުގެ ބަސްދާރުންގެ ޖުމްލައަކީ ގާތްގަނޑަކަށް 70 މިލިއަން މީހުންނެވެ. އެހެންނަމަވެސް ފާރިސީ ބަހުން ވާހަކަ ދައްކާ މީހުންގެ ޖުމްލަ 130 މިލިޔަނާ ގާތް ކުރެއެވެ. ފިރްދައުސީގެ ޝާހްނާމާއާއި، ރޫމީގެ އަދަބީ އުފެއްދުންތަކާއި، ޢުމަރުޚައްޔާމުގެ ރުބާޢިއްޔާތަކީ ފާރިސީ އަދަބުގެ ޚަޒާނާގެ އަގުހުރި މުތީތަކެވެ. ފާރިސީ ބަހަކީ މީލާދީން 9 ވަނަ ގަރުނުން ފެށިގެން މާ ބޮޑު ބަދަލުތައް އައިސްފައި ވާ ބަހެއް ނޫން ކަމުން، ފާރިސީ ބަސް ދަސް ކޮށްގެން 9 ވަނަ ގަރުނުން ފެށިގެން މިއަދާ ހަމަޔަށް ހުރި ފާރިސީ އަދަބުގެ އުފެއްދުންތަކަށް ވާސިލު ވެވޭނެއެވެ. ފާރިސީ ބަހަށް ދީފައި އޮންނަ ދެ އަކުރުގެ ކޯޑަކީ fa އެވެ.




#Article 55: އިބްނި ބަޠޫޠާ (1542 words)


އިބްނު ބަޠޫޠާ ނުވަތަ އިބްނު ބައްޠޫޠާ (ޢަރަބިން: أبو عبد الله محمد ابن بطُّوطة) ނުވަތަ ބައެއް މީހުންގެ މެދުގައި އެ ނަމަކުން މަޝްހޫރުވެގެންވާ ޝަމްސުއްދީނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 703 ވަނަ އަހަރުގައި ނުވަތަ (އ. 1304 ފެބްރުއަރީ 24) (ނ. 1368 ނުވަތަ 1377) މަޣުރިބުގެ ޠަންޖާ ގައެވެ. އޭނާގެ ޢުމުރުން 22 އަހަރުގެ ތެރޭގައި އަމިއްލަ ވަޒަން ދޫކުރައްވައި ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރައްވަން ފެއްޓެވީ ހިޖުރައިން 725 ރަޖަބު، 2 ވަނަ ދުވަހުއެވެ. 30 އަހަރު ވަންދެން ދަތުރު ކުރެއްވުމަށްފަހު މޮރޮކޯއަށް އޭނާ އެނބުރި ވަޑައިގެން އޭނާގެ ދަތުރުނާމާ ޙަވާލު ކުރެއްވީ އިބުނި ޖުޒައިލް ޚަލަބީ އާއިއެވެ. އިބުނި ޖުޒައިލް އަށް އެ ދަތުރު ނާމާ ފުރިހަމަ ކޮށްގެން ނެރެވުނީ މީލާދީން 1355 ވަނަ އަހަރުގައެވެ. އިބުނު ބަޠޫޠާ ނިޔާވީ 1368 ނުވަތަ 1377 ވަނަ އަހަރުއެވެ. (1369 ވެސް ބުނެވެއެވެ.) 

އިބުނު ބަޠޫޠާ އެންމެ ފުރަތަމަ ވަޑައިގަތް ތަންތަނަކީ އަލްޖަޒާއިރު، ތޫނިސް، އިޖިޕްޓް، ފަލަސްޠީނު، ސީރިޔާ އަދި މައްކާއެވެ. އެ ތަންތަން ބައްލަވައިލެއްވުމަށްފަހު އިރާޤު، ޝިރާޒް، އަދި މެސަޕޮޓަމިއާއަށް ވެސް ވަޑައިގެން، އޭގެ ފަހުގައި އަނެއްކާ ވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މައްކާއަށް ވަޑައިގަތެވެ. ޙައްޖުގެ އަޅުކަމުން ނިމިވަޑައިގެން މައްކާގައި ތިން އަހަރު ވަންދެން އޭނާ ހުންނެވިއެވެ.

ޖިއްދާއަށް ވަޑައިގެން އެތަނުން ކަނޑުމަގުން ޔަމަނަށާއި ޢަދަނަށް ވަޑައިގަތުމަށްފަހު އެތަނުން ބޮމްބާސާއަށާއި، އިރުމަތީ އެފްރިކާއަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ. ކުލްވާ އާއި ހަމައަށް ވަޑައިގެންފައި އެނބުރ ިއޮމާނަށް ވަޑައިގަތުމަށް ފަހު އަނެއްކާ ވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޤަޞްދު ކުރައްވައި، 1332 ވަނަ އަހަރު ދަތުރުފުޅު ފެއްޓެވީ، ހޮރުމޫޒް، ސިރާފް، ބަޙްރައިން، އަދި ޔަމާމާގެ މަގުންނެވެ. މައްކާއަށް ވަޑައިގަތުމަށްޓަކައި މި ދަތުރު ފެއްޓެވިއިރު އޭނާ ވަނީ އިންޑިޔާއަށް ވެސް ވަޑައިގަތުމަށްނިންމަވާފައެވެ. ނަމަވެސް ޖިއްދާއަށް ވަޑައގިަތުމުން އިންޑިޔާއަށް ދަތުރުކުރާ ބޯޓު ފަހަރުތައް އެވަގުތު ނެތުމާއިއެކު އެ ޚިޔާލު ދޫކޮށްލެއްވީއެވެ. 

ޙައްޖުގެ އަޅުކަމުން ނިމި ވަޑައިގެން ޤާހިރާއަށާއި ފަލަސްޠީނަށާއި ސީރިޔާއަށް ދަތުރު ކުރެއްވުމަށްފަހު އަލްޔާއަށް ވަޑައިގެން ކަނޑުމަގުން އަނަޓޮލިޔާ އަށާއި ސިނޮޕްއަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކަޅުކަނޑު ހުރަސްކޮށްފައި ދިގު ދަތުރަކަށްފަހު ޔޫކްރޭނުގެ ދެކުނުން ލާފައި ކޮންސްޓަންޓިނޯޕްލް އަށް ވަޑައިގަތީއެވެ. 

އެތަންތަނުން އެނބުރި ވަޑައިގަތް މަގުމަތީގައި ޚިވާގެ ތެރެއިން ލާފައި ޚުރާސަން އަށް ވަޑައިގެން ބުޚާރާ، ބަލްޚް، ޙީރަތު، މަޝްހަދު، އަދި ނިޝާޕޫރު ފަދަ މުހިންމު ތަންތަން ބައްލަވައި ލެއްވުމަށްފަހު އަފްޣާނިސްތާނުގެ ތެރެއިން ލާފައި ދިއްލީއަށް ވަޑައިގެން އެތަނުގައި ސުލްޠާނު މުޙަންމަދު ތުޣްލާޤް އަރިހުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. 

ދުވަސްކޮޅެއް ފަހުން އިބުނު ބަޠޫޠާ ސަފީރެއްގެ ގޮތުގައި ސީނު ކަރަޔަށް ފޮނުއްވުމަށް މުޙަންމަދު ތަޣްލާޤް ރަސްގެފާނު ނިންމަވައި އެ ވާހަކަ އިބުނު ބަޠޫޠާއަށް ވެސް އެންގެވިއެވެ. ރަސްގެފާނުންގެ އިންޞާފެއް ނެތް ވެރިކަމުގެ ދާއިރާގައި ފަނޑިޔާރަކަށް އުޅުމަކީ އިބުނު ބަޠޫޠާގެ ހިތްޕުޅު ހަމަނުޖެހޭ ކަމަކަށްވާތީވެ، މިފަދަ ގޮތެއްގައި އޭނާގެ އަރިހުން ސަލާމަތްވެގެން ދެވޭތީ އިބުނު ބަޠޫޠާ ވަރަށް ހިތްހަމަޖެހުނެވެ. 

އިބުނު ބަޠޫޠާގެ ދަތުރު ތައްޔާރު ކުރެއްވިއިރު، އުތުރު ކަރައިގައި ތިބިސީ ނުކަރައިގެ މީހުންގެ ތެރެއިން 15 މީހުންނާއި، ގިނަގުނަ ހަދިޔާ ސީނުކަރައިގެ ރަސްގެފާނަށް ފޮނުވުމަށްޓަކައި ޙަވާލު ކުރެވުނެވެ.

ދިއްލީ އިން ނިކުމެގެން ދަތުރު ކުރާތާ ކުޑަ ދުވަސްކޮޅެއް ފަހުން 4000 ހިންދީންގެ މައްޗަށް އެކުލެވޭ ޤާފިލާއެއް އައިސް އިބުނު ބަޠޫޠާގެ ގާފިލާޔާއި ޙަމަލާ ދީފައެވެ. އެހެން ނަމަވެސް ވަރަށް ފަސޭހައިން އެމީހުން ބަލިކޮށް ފައްސާލާފައި ކުރިއަށް ދަތުރު ކުރަނިކޮށް އަނެއްކާވެސް މަގުފޭރޭ ބަޔަކު ދިމާވެއްޖެއެވެ. މިފަހަރު އެމީހުން ދިންހަމަލާ ތަކުން ރެކެން މަސައްކަތް ކުރުމުގެ ތެރޭގައި އިބުނު ބަޠޫޠާ އެނާގެ ގާފިލާ އާއި ވަކިވެ، ޖަންގަލީގެ ތެރެއިން ދަނިކޮށް ދިމާވާ މީހުންގެ ތެރެއިން ތިން މީހަކު ބަލިކޮށް ސަލާމަތްވެގެން ދުވަނިކޮށް ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ. އެ ވަޅުގަނޑުގައި ބޮނދައިގެން އޮންނަވާފައި، ކުރިއަށް ދަތުރު ކުރައްވަނިކޮށް އަނެއްކާ ވެސް 40 ހިންދީން އޭނާގެ މައްޗަށް ފާވެގެންފިއެވެ. އަދި އޭނާގެ ހެދުން ފިޔަވައި ދެން ހުރި ހުރިހައި އެއްޗެއް ފޭރިގެންފައި ފަހު ދުވަހުގެ ހެނދުނު މަރާލުމަށް ނިންމާފައި ހޮހޮޅެއްގެ ތެރޭގައި އެރޭ މަޑުކޮށްލިއެވެ. އެރޭ އިބުނި ބަޠޫޠާ، ފާރަޔަށް ހުރި މީހާއަށް އޭނާގެ ހެދުމުގެ ތެރެއިން ބައެއް ދީފައި ސަލާމަތްވެގެން އިރުއެރުމުގެ ކުރިން ކުރިއަށް ދަތުރު ކުރައްވައިފިއެވެ. 

އިބުނި ބަޠޫޠާ ހުސްފަޔާއި، ވަރަށް ވަރުބަލިވެފައިވާ ޙާލު ދަތުރު ކުރައްވާތާ އަށް ދުވަސް ފަހުން އިސްލާމަކާއި ބައްދަލުވެ އޭނާ އެއްގަމަށް ގެންގޮސްފިއެވެ. އޭގެ ދެ ދުވަސް ފަހުން އިބުނު ބަޠޫޠާ އާއި އޭނާގެ ގާފިލާގެ މީހުންނާއި ބައްދަލުވެގެން ސީނު ކަރައަށް ވަޑައިގަތުމަށްޓަކައި ކުރިއަށްދަތުރުކުރައްވަން ފެއްޓެވިއެވެ. އެ ގާފިލާ ދައުލަތު އާބަދު އާއި ހަމައަށް ސަލާމަތް ކަމާއިއެކު ދަތުރުކުރިއިރު އެރަށް ވަނީ 40 ނުވަތަ 120 ފޫޓު އުސް، ދެމޭލު ދިގު ފާރަކުން ވަށައިލެވިފައެވެ. އެ ރަށަކީ ވަރަށް މުއްސަނދި ވިޔަފާރިވެރިން ގިނަ، ޢިމާރާތްތައް ރީތި ރަށެކެވެ. އެރަށުގައި ދުވަސްކޮޅަކު އަރާމު ކޮށްލަން މަޑުކުރުމަށްފަހު، ގަންދަރް އަށް ގޮސް އެތަނުން ހަތަރު ބޯޓަށް މުދާ އަރުވަން ހަމަޖައްސަވައި، ތިންބޯޓަށް ހަދިޔާ އާއި، 100 އަހާއި، 215 އަޅުންނާއި، ކުޑަ ކުދިން އެރުވިއެވެ. ހަތަރުވަނަ ބޯޓަށް އެރުވީ ސިފައިންނާއި ހަތިޔާރެވެ.

ވަރަށް ނިޔާމައިގައި ދަތުރު ކޮށްފައި ގޮސް ބޯޓު ފަހަރުތައް ބަނދަރު ކުރީ ކާލީ ކޯޓުގައެވެ. އެތަނުން އިބުނު ބަޠޫޠާގެ އެކުވެރިންނަށް ވަރަށް ހޫނު ތަރުޙީބެއް ލިބުނެވެ. އެރަށުގެ ރައްޔިތުން ނުކުމެ ބެރު ދުންމާރި ތާޅަފިލި ފުމެ އުފާފާޅުކޮށް ހެދިއެވެ.

ކާލީ ކޯޓުގެ ބަނދަރުގައި އެވަގުތު ސީނުކަރައިގެ ބޯޓު ފަހަރުތައް ހުއްޓެވެ. އެ ބޯޓު ފަހަރުތައް އިބުނި ބަޠޫޠާ ވަޑައިގަތް ބޯޓު ފަހަރަށްވުރެން ބޮޑެތިވެފައި ތަނަވަސް މެއެވެ. އަދި ފާޚާނާ ކުރެވޭ ގޮތް ހުރުމާއިއެކު އިބުނި ބަޠޫޠާ އޭނާގެ ދަތުރަށް އެތަނުން ތިން ބޯޓު ޚިޔާރު ކުރެއްވިއެވެ. ފަޅުވެރިން ބޯޓު ފަހަރަށް މުދާ ބަރުކޮށް ނިންމީއެވެ. އިބުނު ބަޠޫޠާ އެދުވަހުގެ މުޅި ދުވާލު މިސްކިތުގައި ހޭދަ ކުރެއްވުމަށްފަހު ބޯޓަށް އަރުއްވަން ނިންމެވީ ރޭގަނޑުއެވެ. ނަމަވެސް މޫސުމް ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ބޯޓް ފަހަރުތައް ފުން ހިސާބަށް ނެރެން އަންގަވާފައި އިބުނު ބަޠޫޠާ ގަދަ ވަޔާއި ވާރޭގެ ތެރޭގައި ބޯޓު ފަހަރަށް ވާނުވާ ބައްލަވަން އަތިރިމަތީގައި މަޑުކުރެއްވީއެވެ. އެތަނުން ދެ ބޯޓު ފަރަށް އަރައި ކުދިކުދި ވީއެވެ. ބައެއް މީހުން ސަލާމަތް ކުރެވުނަސް އިބުނު ބަޠޫޠާ ދަތުރު ކުރައްވަން ހަމަޖެހިފައިވާ ބޯޓުން އެކަކު ވެސް ސަލާމަތެއް ނުވިއެވެ. 

އަޅުންނާއި، އަހާއި، ކުޑަކުދިން ބެހިގެން ދިޔައީމެވެ. ސަލާމަތްވި މީހުންގެ ތެރޭގައި އިބުނު ބަޠޫޠާގެ ދަރިޔަކަށް ބަލިވެއިން އަޅު އަންހެނާ އާއި، އެނޫން ބައެއްއަޅު އަންހެނުންނާއި، އިބުނު ބަޠޫޠާގެ މުދަލާއި، ޚާދިމުންނާއި ހިމެނިގެންވިއެވެ. އުތުރު ކަރައިގެ ރަސްގެފާނު ސީނު ކަރައިގެ ރަސްގެފާނަށް ފޮނުއްވެވި ހަދިޔާ ސަލާމަތް ނުކުރެވުނަސް އިބުނު ބަޠޫޠާ ސަލާމަތްވި މީހުން ގޮވައިގެން ސީނު ކަރަޔަށް ދާން ފުރައިފިއެވެ.

މިހާރު އިބުނު ބަޠޫޠާ އަކީ އަތުގައި އެންމެ ލާރި ފޮއްޗެއްހާ މިންވަރު ވެސް ނެތް، ލަދުން އިސްދަށަށް ޖެހިފައިވާ ނިކަމެއްޗެކެވެ. ދިއްލީގެ ރަސްގެފާނު އިބުނު ބަޠޫޠާ އާއި ހަވާލު ކުރެއްވި މުދާ ގެއްލިގެން ދިޔަ ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ވީކަމީ އޭނާއަށް ލިބުނު ނަޞީބެއް ކަމުގައި އޭނާ ދެކެއެވެ.

ދަތުރު ކޮށްފައި ގޮސް 10 ދުވަސް ފަހުން އެހެން ބަނދަރެއްގައި ޖައްސައި ބޯޓު ފަހަރުގެ ޚަބަރެއް ލިބޭތޯ މަޑު ކުރެއްވިއެވެ. އެ ބަނދަރުގައި ތިން މަސް ދުވަސް ވީފަހުން ޚަބަރު ލިބުނީ އެ ބޯޓުފަހަރަށް އިންޑޮނޭޝިޔާއަށް ދެވި އޭގައި ހުރި މުދާތަކާއި، އަޅު އަންހެނުން ސުމަތުރާގެ ރަސްގެފާނު ފޭރިގަތް ވާހަކައާއި، އަދި އިބުނު ބަޠޫޠާގެ ކުއްޖަކަށް ބަލިވެއިން އަޅު އަންހެނާ މަރުވި ވާހަކައެވެ.

ދާނެ ނުދާނެ ތަނެއް ނުއެނގި އިބުނު ބަޠޫޠާ ތަފާތު ޚިޔާލުތައް ކުރައްވަމުން ދިޔައެވެ. ދިއްލީއަށް ހިނގައްޖެނަމަ ނާކާމިޔާބު ދަތުރާއި ގުލިގެން ސުލްޠާން މުޙަންމަދު ތުޣްލާޤް އޭނާ ޤަތުލު ކޮށްފާނެ ކަމަށް ހީވާތީވެ އެ ދަތުރު ހުއްޓަވާލެއްވީއެވެ. އަދި އެރަށުގައި މަޑު ކުރެއްވިއެވެ. އެދުވަސްވަރު އެރަށުގައި ތިބި ދެ ގޮރުނުދޯރުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވ.ެ ވުމާއިއެކު ވިސްނާ ނުލައްވައި އިބުނު ބަޠޫޠާ އެތަނުން އެކެއްގެ ކޮޅަށް ޖެހި ތަޅާފޮޅުމުގައި ބައިވެރިވެ، ބަލިވީ އިބުނު ބަޠޫޠާ ޖެހުނު ކޮޅެވެ. ދެން އެތަނުގައި އުޅުއްވަން ކެރިވަޑައި ނުގެން އުތުރު ކަރަ ދޫކުރައްވައި އޮޅުދޫ ކަރައަށާއި ދިވެހި ރާއްޖެއަށް ދަތުރު ކުރެއްވުމަށްފަހު ސީނު ކަރައަށް ވަޑައިގަތުމަށް ނިންމެވިއެވެ.

މެދު ޢުމުރުގެ ދުވަސްތަކުގައި ދިވެހިރާއްޖެއަކީ ބޮނތްބާއި، ރޯނާއި، ބޮލި، ބޭރަށް ގެންދިއުމުގެ ރޮނގުން ވަރަށް މުހިންމުރޯލެއް ކުޅެމުން އައި ތަނެކެވެ. ފުއްތަކުރު ބޮއްޔަކީ ފައިސާގެ ގޮތުގައި މެލޭޝިޔާ އާއި، އެފްރިކާގައި ބޭނުންކުރި އެއްޗެކެވެ. ބާރަވަނަ ޤަރުނުގެ ތެރޭގައި ދިވެހިން ވަނީ ބުދު ދީން ދޫކޮށް އިސްލާމްދީން ޤަބޫލު ކޮށްފައެވެ. ދިވެހިރާއްޖެއަކީ 475 މޭލަށް، ގިލަފަތްޗެއްގެ ސިފައިގައި ފެތުރިފައިވާ ތަނެކެވެ.

އިބުނު ބަޠޫޠާ މާލެ ވަޑައިގަތީ ގިނަ ދުވަސްތަކެއް މާލޭގައި ހޭދަ ކުރެއްވުމަށް ނިންމަވައިގެނެއް ނޫނެވެ. ނަމަވެސް އެ ދުވަސްވަރަކީ ރާއްޖޭގެ ސިންގާ ސަނާގައި ރެދަލި ކުރައްވަން އިންނެވި ރަދުން އިސް ފަނޑިޔާރަކު ހޯއްދެވުމަށްޓަކައި އުޅުއްވި ދުވަސްވަރަކަށް ވުމާއިއެކު، ރަދުން އިބުނު ބަޠޫޠާ ދެކެވަޑައިގަތީ އެކަމަށް އެންމެ އެކަށޭ، އެންމެ ރަނގަޅު މީހާގެ ގޮތުގައެވެ. އެކަމަށް މަގުފަހި ކުރެއްވުމުގެ މަޤްޞަދުގައި ރަދުންގެ އަމުރުފުޅަށް އިބުނު ބަޠޫޠާ އަށް އަޅު އަންހެނުންނާއި، މުތީ އާއި، ރަނުގެ ގަހަނާ ހަދިޔާ ކުރެވުނެވެ. އަދި މާލޭގައި މަޑު ކުރެއްވުމަށް އިބުނު ބަޠޫޠާ އަށް ދެންނެވުނެވެ. އިބުނު ބަޠޫޠާ ޝަރުޠު ތަކެއްގެ މަތިން ރަސްގެފާނުންގެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވިއެވެ. އާދެ! މާލޭގައި އެކި ތަންތަނަށް ވަޑައިގަންނަވާއިރު ގާޑިޔަލުގައި، ނުވަތަ އަސްމަތީގައި ވަޑައިގެންނެވޭ ގޮތަށް އިންތިޒާމު ކޮށްދެއްވުމެވެ. އެއީ ރަސްގެފާނު، ނުވަތަ ރަނިކަމަނާފާނުގެ ޢިއްޒަތެވެ. އިބުނު ބަޠޫޠާގެ މި ހުށަހެޅުމާއި ރަދުން އެއްބަސްވެ ވަޑައިގެން އޭނާއަށް ވަޡީފާ ދެއްވިއެވެ. މާލޭގައި ހުންނަވާތާ ދެމަސް ފުރިހަމަ ނުވަނީސް އިބުނު ބަޠޫޠާ މީހަކާއި ކައިވެނިބެއްލެވިއެވެ. އެއީ ރަނިކަމަނާފާނާއި ތިމާގެ ބޭފުޅެކެވެ. އެގޮތުން އިބުނު ބަޠޫޠާ އަކީ ޝާހީ ޢާއިލާގެ މެމްބަރަކަށް ވެގެން ދިޔައެވެ.

އިބުނު ބަޠޫޠާ އޭނާގެ ވަޡީފާ އަދާކުރައްވަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. އިސްލާމްދީނުގެ ނޫރުން މީހުންގެ ހިތްތަކަށް އަލިކަން ގެނެސް ދެއްވައި، އިހުގެ އާދަކާދަތަކާއި މީހުން ދުރު ކުރައްވަމުންނެވެ. ހުކުރަށް ނުދާ މީހުން ރައްޔިތުންގެ ކުރިމަތީގައި ދުއްރައިން ތަޅާގޮތަށް ހަމަޖައްސަވައި ވައްކަން ކުރާ މީހުންގެ އަތްކަނޑާ ގޮތަށް ނިންމަވައި އުނަގަނޑުން މަތި ހާމަކޮށް އުޅޭ އަންހެނުންގެ ޢައުރަ ނިވައި ކުރުމަށް ބާރު އަޅުއްވަމުންނެވެ. އެހެން ނަމަވެސް އަންހެނުންގެ އުނަގަނޑުން މަތި ނިވައި ކުރުމަށް ކުރެއްވި މަސައްކަތަށް ޢަމަލީ ސިފައެއް ނުގެނެވުނެވެ.

އިބުނު ބަޠޫޠާ އިތުރު ތިން ކައިވެންޏެއް ކުރެއްވިއެވެ. ނަތީޖާއަކަށްވީ ސަރުކާރުގެ އޮނިގަނޑު ތެރޭގައި ޙަރަކާތްތެރިވަމުން އައި ބޭފުޅުންގެ ހިތްތަކުގައި އެބޭފުޅުންގެ ބާރު ދެރަވެއްޖެ ކަމުގެ ވަސްވާސްތެރިކަން އުފެދި އިބުނު ބަޠޫޠާ އާއި މެދުގައި ވާދަވެރި ކަމުގެ ޝުޢޫރުތައް ފާޅު ކުރެވެން ފެށުމެވެ. މިދެންނެވި އޮއިވަރުގެ ތެރޭގައި އިބުނު ބަޠޫޠާ އާއި އެވަގުތު ގޮރުނޮދޯރަކަށް ހުންނެވި ބޭފުޅަކާއި ދެބަސްވެރިވެ ޒުވާބު ކުރެއްވުމަށްފަހު އިބުނު ބަޠޫޠާ ރާއްޖެ ދޫކުރެއްވުމަށް ނިންމެވިއެވެ. އެއީ މާލެ ދުރުވިތާ ނުވަ މަސް ފަހުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޡީފާ ދޫކޮށްލެއްވުމަށްފަހު އޭނާގެ އަނބިކަނބަލުންގެ ތެރެއިން ތިން ބޭފުޅަކު ގޮވައިގެން ވަޑައިގެންނެވީއެވެ. ފަހުން އެ ތިން ބޭފުޅުން ވަރިކޮށްލެއްވީއެވެ. އެއިރު އޭގެ ތެރެއިން އެއް ބޭފުޅަކު އިންނެވީ ބަލިވެއެވެ. މާލެ ދޫކޮށްލެއްވުމަށްފަހު ރާއްޖޭގެ އެހެން ރަށަކަށް ވަޑައިގެން އެރަށުން ވެސް ދެ ބޭފުޅަކާއި ކައިވެނި ބެއްލެވުމަށްފަހު، އެ ދެ ބޭފުޅުން ވެސް ވަރިކޮށްލެއްވީއެވެ. އިބުނު ބަޠޫޠާ ވިދާޅުވި ގޮތުގައި “ކުރަންޖެހޭ ޚަރަދުގެ ކުޑަކަމުން މިރަށްރަށުން މީހުންނާއި އިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބޭރުން އަންނަ ބޯޓު ފަހަރުތަކުގައި ތިބޭ މީހުން ވެސް ކައިވެނި ކޮށްފައި ދުވަސްކޮޅަކު އެކުގައި އުޅެފައި ފުރައިގެން ދަނީ ވަރިކޮށްފައެވެ. އެއީ ފާޑެއްގެ ވަގުތީކައިވެންޏެކެވެ. މި ރަށްރަށުގެ އަންހެނުން ރަށުން ބޭރަށް ދަތުރެއްނުކުރެއެވެ.

އިބުނު ބަޠޫޠާ ސީނުކަރަޔަށް ދިޔަ މަގުމަތީގައި ސަރަންދީބު ފަރުބަދައަށް ޒިޔާރަތް ކުރެއްވުމުގެ މަޤްޞަދުގައި އޮޅުދޫ ކަރަޔަށް ވަޑައިގަތެވެ. “ސަރަންދީބު ފަރުބަދަޔަކީ އިސްލާމުންނާއި، ހިންދީންނާއި، ބުދުދީނުގެ މީހުން ވެސް އިޙްތިރާމް ކުރާ ތަނެކެވެ. މި ފަރުބަދަ މަތީގައި ވަރަށް ބޮޑު ފިޔަވަޅެއްގެ ނިޝާން ހުރެއެވެ. ބުދުދީނުގެ މީހުން ޤަބޫލު ކުރާ ގޮތުގައި އެއީ ބުއްދާގެ ފިޔަވަޅުގެ ނިޝާނެކެވެ. ހިންދީން ޤަބޫލުކުރާ ގޮތުގައި އެއީ ޝިވާގެ ފިޔަވަޅުގެ ނިޝާނެކެވެ. އިސްލާމުން ޤަބޫލު ކުރާގޮތުގައި އެއީ އާދަމްގެފާނުގެ ފިޔަވަޅު ފުޅުގެ ނިޝާނެކެވެ.” އިބުނު ބަޠޫޠާ ލިޔުއްވިއެވެ.

އިބުނު ބަޠޫޠާ އޮޅުދޫ ކަރަޔަށްވަޑައިގަތުމާއިއެކު އެތަނުގައި އެވަގުތު ހުންނެވި ރަސްގެފާނު އިބުނު ބަޠުޠާގެ ދަތުރުފުޅާއި ބެހޭ ވާހަކަ އަޑުއައްސަވަން ބޭނުންފުޅު ވިއެވެ. ވުމާއިއެކު އިބުނު ބަޠޫޠާ އޭނާގެ ދަތުރުފުޅާއި ބެހޭ ވާހަކަ، ތިން ދުވަސް ވަންދެން ކޮއިލު ތެރޭގައި ހުންނަވައިގެން ކިޔައި ދެއްވިއެވެ.

އޭގެ ފަހުގައި ފަރުބަދައަށް އަރާވަޑައިގަތުމުގެ ހުއްދަ ދެއްވައި، ހަދިޔާއެއްގެ ގޮތުގައި މުތީ އާއި، ޖަވާހިރު އަޅާފައިވާ ކޮތަޅަކާއި، އަދިވެސް އެހެން ސާމާނާއި، އަޅު ދެ އަންހެނުންނާއި ވެސް ދެއްވިއެވެ. މުދާ އެރުވިއެވެ. އެހެނަސް އިބުނު ބަޠޫޠާއަކަށް އެއިން ޖާގައެއް ނުލިބުނެވެ. އިބުނު ބަޠޠާއަކީ ރަނގަޅަށް ފަތަން އެނގި ވަޑައިގަންނަވާ ބޭފުޅަކަށް ނުވުމާއިއެކު ރޭގަޑުގެ ކަނު އަނދިރީގައި ފެތެމުންދާ ނަވުގައި ހުންނެވީއެވެ. ހެނދުނުގެ އިރުގެ އަލިކަން ދުނިޔެ މައްޗަށް ވެރިވެގެން އައިއިރު އިބުނު ބަޠޠާ ބަލައި ކަނދުފަތީގައި ބަޔަކު މީހުން އައެވެ. އެގޮތުން އޭނާގެ އެކުވެރީންނާއި އަނެއްކާ ވެސް ބައްދަލުވުމުގެ އުފާ ޙާޞިލުވިއެވެ.

ނާ ފެތުނު ނަމަވެސް އިބުނު ބަޠޫޠާ އޭނާގެ ބައެއް ސާމާނާއި، ޖަވާހިރާއި، މުތީތައް ސަލާމަތް ކުރެއްވިއެވެ. އަނެއްކާ ވެސް އެހެން ނަވެއްގައި ދަތުރު ކުރައްވަނއިކޮށް ކަނޑު ފޭރޭ ބަޔަކު އައިސް ނަވަށް އަރައި ނަވުގައި ހުރި ހުރިހާ މުދަލެއް ފޭރިގެންފިއެވެ. އޭގެ ތެރޭގައި މުތީ އާއި ޖަވާހިރު ވެސް އަތުން ބީވެގެން ދިޔައީއެވެ. އަދި މިވަރުން ވެސް ދޫކޮށްލީއެއް ނޫނެވެ. ނަވުގައި ތިބި އެންމެން ނަވުން ބާލައިގެން ގޮސް ރަށެއްގެ ގޮނޑު ދޮށަށް ދޫކޮށްލާފައި ކަނޑު ފޭރޭ މީހުން ދިޔައީއެވެ.

އެރަށުގައި އުޅޭ އެރަށުގެ މީހުންގެ އަތުން ލިބުނު ފޭރާން ލައިގެން އިބުނު ބަޠޠާ އާއި އޭނާގެ ބައިވެރިން ދަތުރު ކުރީ ކާލި ކޯޓަށެވެ. އެތަނުގއި ދެތިން ދުވަހު މަޑުކޮށްލެއްވުމަށްފަހު، އިބުނު ބަޠޫޠާ ދެން ދަތުރު ކުރެއްވީ ދިވެހިރާއްޖެ އަށެވެ. މާލޭގައި އޭނާ ކުރީގައި ވެސް އުޅުއްވި ގޭގައި ފަސް ދުވަސް ވަންދެން އުޅުއްވިއެވެ. އެގެއިން އޭނާގެ ދަރިފުޅާއި ފުރަތަމަ ފަހަރަށް ބައްދަލުވުމުގެ އުފާވެސް ޙާޞިލްވިއެވެ. ދުވަސްކޮޅެއް ފަހުން ދަރިފުޅު މަންމަ ކައިރީގައި ބަހައްޓާފައި، އެތަނުން ނަވެއްގައި ސީނު ކަރައަށް ވަޑައިގަތުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. މަގުމަތީގައި ބަންގާޅަށް ވަޑައިގެން އެތަނުން ސުމަޓްރާއަށް ވަޑައިގަތެވެ. އޭގެ ފަހުގައި ކެމްބޯޑިޔާއަށެވެ. އެތަނުން ސީނުކަރައަށް ވަޑައިގެން ޕީކިންގް ބައްލަވާފައި އަނެއްކާ ވެސް ކާލީ ކޯޓަށް ވަޑައިގަތުމަށްޓަކައި ބޯޓެއްގައި ދަތުރު ކުރެއްވީ ދަފަރީ އަށާއި، މަސްކަތު އަށެވެ. މި ދަތުރުފުޅުގައި ޢިރާޤު، އީރާން، ފަލަސްޠީނު، މިޞްރު، ހުރަސްކުރެއްވުމަށްފަހު، އޭނާގެ ހަތްވަނަ ޙައްޖު ދަތުރުފުޅަށްޓަކައި މައްކާއަށް ވަޑައިގަތީ މީލާދީން 1384 ވަނަ އަހަރުގައެވެ. އޭގެ ފަހުގައި އޭނާގެ އަމިއްލަ ވަޠަނަށް ވަޑައިގެންފައި ޞަޙަރާގެ މަގުން މުސްލިމް އިސްޕޭނަށް ވަޑައިގެންފައި އެތަނުން އަނެއްކާ ވެސް އޭނާގެ އަމިއްލަ ވަޒަނަށް ވަޑައިގަތީއެވެ.

އިބްނު ބަޠޫޠާ އޭނާގެ ހަޔާތުގައި ގާތްގަނޑަކަށް 75،000 މޭލު ދަތުރުކުރައްވާފައިވެއެވެ. ތިރީގައި މިވަނީ އޭނާ ޒިޔާރަތް ކުރެއްވި ތަންތަނެވެ.




#Article 56: ޔޯގާ (127 words)


ޔޯގާ އަކީ އިނޑިޔާއިން އުފަންވެފައިވާ ތާރީހީ ރޫހާނީ ފަރިތަކުރުންތަކަކަށް ކިޔާނަމެކެވެ. ޔޯގާގެ އެތައް ބާވަތްތަކެއް ހިމެނިފައިވިޔަސް ކަރްމާ ޔޯގާ، ބާކްތީ ޔޯގާ، ޖްނާނާ ޔޯގާ އަދި ރާޖާ ޔޯގާ ބެލެވިފައިވަނީ އެންމެ މައި މުހިންމު ޔޯގާގެ ބާވަތްތައްކަމުގައެވެ. ޔޯގާ އާއްމުވެފައިވާ ދުނިޔޭގެ އެހެންހިސާބެއްކަމަށް ބެލެވޭ ހުޅަނގުގައި ޔޯގާވަނީ އަސާނާސް (ހަށިގަނޑުގެ ގުނަވަންތައް ވަކިގޮތަކަށް ހަރަކާތްކުރުން) ނުވަތަ ހަތާ ޔޯގާއި ގުޅިފައެވެ. މިކަންވަނީ މީހުންގެ ތެރެޔަށް ކަސްރަތު ހަރަކާތްތަކެއްގެ ގޮތުގައި އާއްމުވެފައެވެ. 

ޔޯގާވަނީ އިލްމީ އުނގެނުމެއްގެ ގޮތުން ވެޑަންޓާ، ހިންދުއިޒަމް، ބުދިޒަމް، ސިޚިޒަމް އަދި އެހެންވެސް ދީނީ އަދި ރޫހާނީ ފަރިތަކުރުންތަކުގައި ވަރަށް ބޮޑު ނުފޫޒެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުވާފައެވެ. ޔޯގާ އުފެދިންގެން އައިގޮތާއި މެދު ހިންދީ މުހިއްމު ލިޔުންތައް ބުނެފައިވަނީ ޔޯގާ އުފެދިގެންއައީ އުޕަނިދާޝްސް، ޕަތަންޖާލިގެ ޔޯގާ ސުތްރާ، ބަޤަވާދް ޤީތާ އަދި ހަތާ ޔޯގާ ޕްރަދިޕިކާ އިންނެވެ.

މިޒަމާނުގައި ފަރިތަކުރެވޭ ޔޯގާ ހިމެނެނީ ހިންދުއިޒަމްގެ ފަރާތުން ވާރުތަވެފައިވާ ކަންތައްތަކުގެ މައްޗަށެވެ. އޭގެތެރޭގައި ރަނގަޅު އިބްރަތްތަކާއި، ރަނގަޅުކަންތަކާއި ނުރަނގަޅު ކަންތަކާއި، އަދި ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބެހެއްޓުމަށް ގުނަވަންތައް ވަކިގޮތަކަށް ހަރަކާތް ކުރުމާއި، ރޫހާނީ ފިލޯސަފީއެއްގެ ދަށުން ގުރޫ އެއްގެ އިރުޝާދުގެ ދަށުން ހަމަހިމޭންކަމާއެކު ލަސް ނޭވާލުންތަކަކާއި އެއްކޮށް 




#Article 57: މޭޒު (103 words)


މޭޒަކީ އިށީނދެގެންހުންނަ އިރު ހެޔޮވަރެއްގެ އުސްމިނެއްގައި ކާތަކެއްޗާއި އެހެނިހެންތަކެތި ބެހެއްޓުމަށް ގެންގުޅެވޭ ފަރުނީޗަރެކެވެ. އާއްމުގޮތެއްގައި ބޭނިންކުރެވޭ މޭޒުތައް ބޭނުންކުރެވެނީ ގޮނޑިތަކާއި އެކުގައެވެ. އެހެންނަމަވެސް ހުރިހާ މޭޒެއްގައި ތަކެތި އަޅައި ރައްކާކުރާނެ ވައްގަނޑެއް ނުހުރެއެވެ. އެހެންނަމަވެސް ވައްގަނޑެއް ހުންނަ މޭޒެއް ނަމަ އެއަށް ކިޔަނީ އެހެންނަމެކެވެ. މިގޮތުން މިބާވަތުގެ ތެރޭގައި ، އަދި ހެދުންއަޅާމޭޒުގެ ބާވަތްތައް ހިމެނެއެވެ. 

ވަގުތީގޮތުން ފަރިއްކޮޅު ތައްޔާރު ކުރެއްވުމަށްފަހު ތަށިތަކާއި މޭވާފަދަ ތަކެތި ބެހެއްޓުމަށް މޭޒު ބޭނުންކުރެވެއެވެ. ހަމައެހެންމެ މޭޒު ޗާޓުތަކާއި ގަނޑުތައް ލިޔެކިޔެހަދާއިރު ފަތުރާލުމަށް ބޭނުންކުރެވެއެވެ. އަދި އެކަކުގެ މަސައްކަތްތެރިކަން ދައްކާލުމަށާއި އޭނާ އަތުން ހިފައިގެންގުޅޭ ތަޅުދަނޑީގައިލާތަކެއްޗާއި ގަލަން ފަދަ ސާމާނުތައް ބެހެއްޓިދާނެއެވެ. މޭޒުތައް ބައެއްފަހަރު އެހެން ފަރުނީޗަރުތަކުގައިވެސް ބޭނުންކުރެވެއެވެ. 
މޭޒުމަތީގައި ތަކެތި ވަގުތީގޮތެއްގައި ބެހެއްޓުމުގެ ބަދަލުގައަ ދާއިމީގޮތުންވެސް ބެހެއްތިދާނެއެވެ. މިގޮތުން މޭޒުމަތީގައި ޓީވީއެއް ނުވަތަ ކޮމްޕިއުޓަރެއް ނުވަތަ ފަރުމާ ކުރުމުގެ ގޮތުން (މާވަށިގަނޑާއި މޭޒުމަތީގައި އަޅާފޮތިގަނޑު) ބެހެއްޓުން ހިމެނެއެވެ.

އެންމެ ފުރަތަމަ މޭޒު އުފައްދައި ބޭނުންކުރީ ގަދީމީ މިސްރު މީހުންނެވެ. 




#Article 58: ޓޮމް އެންޑް ޖެރީ (928 words)


ޓޮމް އެންޑް ޖެރީ () އަކީ އެކެޑަމީ އެވޯރޑް ކާމިޔާބު ކޮށްފައިވާ މަޝްހޫރު އަދި ކާމިޔާބު، ކުރު ސިނަމާ ކާރޓޫނު ސިލްސިލާ އެކެވެ. މިކާރޓޫނު އުފައްދައި، ލިޔެ، އަދި ޑައިރެކްޓް އެނިމޭޝަން ދާއިރާގައި ކުރިއަރާފައިވާ ވިލިއަމް ހަނާ އާއި ޖޯސެފް ބަރބަރާ އެވެ. (ފަހުން މިއީ ހަނާ ބަރބަރާ އެވެ.)

 

މިކާރޓޫނުގެ ކޮންމެ ކުރުސިލްސިލާއެއްގައި ފެނިގެންދާނީ ޓޮމް ޖެރީ ހިފުމަށް ކުރާ ނާކާމިޔާބު މަސައްކަތެވެ. އަދި ޓޮމް އަށް ދިމާވާ ދަތިތަކާއި ލިބޭ އަނިޔާތަކެވެ. މަދު ބައިތަކެއްގައި ނަމަވެސް (ނުވަތަ ކާރޓޫނުގެ ބައެއް ފެށޭ އިރު) ޓޮމް އާއި ޖެރީ އެކުގައި ހަރަކާތްތެރިވާތަން ފެނިގެން ދެއެވެ. އެހެންނަމަވެސް ޓޮމް ޖެރީ ހިފުމަށް މަސައްކަތް ކުރާ ސަބަބު އެހާ ސާފުކޮށް އެނގި ބަޔާން ވެގެނެއް ނުވެއެވެ. އެހެން ނަމަވެސް ސަބަބަކަށް :-

ޓޮމް އަށް ޖެރީ ހިފޭނީ މަދު ފަހަރެއްގައެވެ. ސަބަބަކަށް ވެގެންދަނީ ޖެރީގެ މަކަރުވެރި ކަމާއި ވިސްނުން ތޫނުކަމެވެ. އަދި ބައެއްފަހަރަށް ޓޮމްގެ މޮޔަކަމާއި ހެދިއެވެ. އެހެންނަމަވެސް އާއްމުގޮތެއްގައި ޓޮމް ރުޅި އައިސް ޖެރީ ހިފަން މަސައްކަތް ކުރަނީ ޖެރީ ގަސްތުގައި ޓޮމް އަށް އަނިޔާ ކޮށް ހަދަން ފެށުމުންނެވެ. މިފަދަ ތިއެޓްރިކަލް އެނިމޭޝަނެއްގައި އެންމެ ފަނކުރަނިވި ހަތޔާރާއި ގޮތްތައް ބޭނުން ކުރުމުގައި މިކާރޓުނުވަނީ ވަރަށް ކުރިއަރާފައެވެ. ޖެރީ ޓޮމް ދެފަޅިއަށް ކަފާލުމާއި، ޖެރީ މަރާލުމަށް އަތުގައި ޖެހުނު ކޮންމެ އެއްޗެއް، ޕިސްތޯލުން ފެށިގެން ފުރޯ، ގޮވާ ތަކެތި، ވިހައަށް ދާންދެން ބޭނުން ކުރުމަކީ ބެލުން ތެރިންނަށް ކަމުދާ ހެއްވާ މަޖާ މަންޒަރުތަކެވެ. 

ކާރޓޫނުގެ ބައިތަކުގައި އާއްމު ގޮތެއްގައި އެއްގޮތަކަށްވެސް ޓޮމް އަދި ޖެރީވެސް ވާހަކަ ދައްކާތަނެއް ނުފެނެއެވެ. އެހެންނަމަވެސް އެކަކު އަނެކަކަށް ގެއްލުންދީ އަނިޔާ ކުރާއިރު ދެމީހުންގެވެސް ހަޅޭކުގެ އަޑު އިވިގެންދެއެވެ. ގިނަފަހަރަށް އިވި ގެން ދާނީ ޓޮމްގެ ވޭނުގެ ހަޅޭކުގެ އަޑެވެ. ޓޮމް އާއި ޖެރީގެ މޫނުމަތިން ފާޅުވާ އަސަރު ތަކުން އެމީހުންގެ އިހްސާސްތަކާއި ކުރަން އުޅޭ ކަމާއި، ބޭނުން އެނގިގެންދެއެވެ.

މިކާރޓޫނުގައި މިޔުޒިކް ވަރަށް ބޮޑު ރޯލެއް އަދާ ކުރެއެވެ. ފެނިގެންދާ މަންޒަރުތަކަށް އޭގެ އެންމެ ފުރިހަމަގޮތުގައި އަޑު ގެނެސް ދެއެވެ. މިޔުޒިކް ޑައިރެކްޓަރ ސްކޮޓް ބްރެޑްލީ މިކާރޓޫނަށް މިޔުޒިކް ހަދާފައިވަނީ ޖެޒް، ކްލެސިކަލް، އަދި ޕޮޕް ފަދަ މިޔުޒިކް ބާވަތްތައް އެއްކޮށްގެންނެވެ. ބްރެޑްލީ އާއްމުގޮތެއްގައި އެދުވަސްވަރުގެ ޕޮޕް ލަވަތައް ތަކުރާރުކުރެއެވެ. އެގޮތުން ދަ ވިޒަރޑް އޮފް އޯޒް އަދި މީޓް މީ އިން އެސްޓީ. ލޮއިސް ފަދަ އެމް.ޖީ.އެމް ފިލްމުތަކުގެ ލަވަތައް ހިމެނެއެވެ.

ޓޮމްއަކީ އަޅިނޫކުލައިގެ ގޭގައިގެންގުޅޭ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އޮޅުބުޅަލެކެވެ. ޖެރީ އަކީ ޓޮމް އުޅޭ ސަރަހައްދުގައި ޓޮމް އާއި ވަރަށް ގާތުގައި އުޅޭ މުށި މީދަލެކެވެ. 
މިކާރޓޫނުގައި އެހެނިހެން ޝަހްސިއްޔަތުތައް ވާހަކަ ދައްކައި ހެދިކަމުގައިވިޔަސް މަދު ފަހަރަކު ނޫނީ ޓޮމް އާއި ޖެރީ ވާހަކަ ނުދައްކައެވެ. އެހެންނަމަވެސް ޓޮމް އަންހެން ބުޅަލެއް ފެނުމުން ލަވަކިޔައި ހަދައެވެ. އެގޮތުން 1946ގައި އުފެއްދި ސޮލިޑް ސެރެނޭޑް ބައިގައި އަޑާއި އަނގަޔާއި ވަރަށް ފުރިހަމައަށް ގުޅޭ ގޮތެއްގައި ޓޮމް ވަނީ  އިޒް ޔޫ އިޒް އޯރ އިޒް ޔޫ އެއިންޓް މައި ބޭބީ  މިލަވަ ޓޮމް ކިޔައިފައެވެ. އަދި ޖެރީސް ޑައިރީ ނަމަކަށް ކިޔައިބައިގައި ފެނިގެންދާނީ އެހެނިހެން ބައިތަކުގައި ހިނގާފައިވާ ގިނަ ހާދިޡާތަކެވެ.

ޖެރީ ހިފުމަށް ޓޮމް ކުރާ މަސައްކަތުގައި އިތުރުޝަހްސިއްޔަތު ތަކާއި ޓޮމް ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބަޗް އަކީ ޓޮމް ކުރިމަތިލާންޖެހޭ އިތުރު ޝަހްސިއްޔަތެކެވެ. ބަޗް އަކީ އެހިސާބު މަގުމަތީގައި އުޅޭ ކަޅު ބުޅަލެކެވެ. ބަޗްވެސް ބޭނުންވަނީ ޖެރީ ހިފައިގެން ނާސްތާކުރަންށެވެ. ދެން ޓޮމް އަށް ކުރިމަތި ލާން ޖެހެނީ ސްޕައިކް އާއެވެ. މިއީ ނުރައްކާތެރި ކުއްތާ އެކެވެ. ސްޕައިކް އަބަދުވެސް ބޭނުންވަނީ ޓޮމް ތަޅާ މަރާލުމަށެވެ. މެމީ ޓޫ ޝޫޒް އަކީ ޓޮމްގެ ވެރިމީހާއެވެ. ޓޮމްގެ އަހްލާގުދަށް ވެއްޖެނަމަ ނުވަތަ ބުނާގޮތައް ނަހަދައިފިނަމަ ކުނިފޮހޭ ބުރުހަކުން ޓޮމް ތަޅާލުމަކީ އޭނާ ކުރާ ހިތްވާ ކަމެކެވެ. މެމީ ޓޫ ޝޫޒް އަށް އަޑު އަޅާދީފައި ވަނީ ލިލިއަން ރެންޑޯލްފް އެވެ.

ބުޅަލާއި މީދަލުގެ އެއްކަހަލަ ކާރޓޫނުތަކާއި މެދު ގިނަބަޔަކު ދެކެމުންއައިގޮތް ބަދަލުވެގެންދިޔައީ މިކާރޓޫނު ތިޔޭޓަރުގެ ވެރިންނާއި އެކެޑަމީ އޮފް މޯޝަން ޕިކްޗާރ އެންޑް ސައިންސެސް ގެ މެދުގައި މަޤްބޫލުވެ 1941 ގައި އެކެޑެމީ އެވޯރޑް ފޯރ ބެސްޓް ޝޯރޓް ސަބްޖެކްޓް : ކާރޓޫނު ގެ މަގާމަށް މިކާރޓޫނު ހޮވިގެން ދިޔުމެވެ. އެހެންނަމަވެސް އެއަހަރު އެމަގާމް ކާމިޔާބު ކޮށްފައިވަނީ ރަޑޮލްފް އައިސިންގ ގެ މިލްކީ ވޭ މިކާރޓޫނެވެ.
އަހަރުތަކާއި އެކު ޓޮމްގެ ސިފަ ބަދަލުވެގެން ދިޔުމަކީ ފާހަނގަ ކޮށްލެވޭ ކަމެކެވެ. 1940 ވަނަ އަހަރާއި ޖެހުނު އިރު ޓޮމްގެ ސިފަ އަސްލު ބުޅަލަކާއި ވަރަށް ވައްތަރު ކުރެވިފައިވެއެވެ. ފާިތުވެ ދިޔަ އަހަރުތަކުގައި ޖެރީގެ ސިފައަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ޖީން ޑީޗްގެ ނާކާމިޔާބު ބައިތަކަށް ފަހު އެމް.ޖީ.އެމް ގެ ނަޒަރު ދެން ހުއްޓުނީ ލޫނީ ޓޫންސް އަދި މެރީ މެލޯޑީސް ގެ ތަރިން ކަމަށްވާ ބަގްސް ބަނީ، ޑެފީ ޑަކް އަދި ރޯޑް ރަނަރ އެން ކޮޔޯޓް ގެ މަސައްކަތް ކޮށްފައިވާ ކާމިޔާބު އެމެރިކާގެ ޑައިރެކްޓަރ ޗަކް ޖޯންސް އަށެވެ. ޗަކް ވަނީ ވާރނަރ ބްރޯސް ކާރޓޫނުގައި އެއްމަޤާމެއްގައި 30 އަހަރުގެ މުއްދަތެއް ހޭދަކޮށްފައެވެ. އަދި ޗަކް ވަނީ އޭނާގެ އަމިއްލަ އެނިމޭޝަން ސްޓޫޑިއޯ އެއް، ސިބް ޓަވަރ 12 ޕްރޮޑަކްޝަންސް ލެސް ގޯލްޑްމަން އާއި ގުޅިގެން އުފައްދާފައެވެ. 1963 ން ފެށިގެން ޗަކް އާއި ގޯލްޑްމަން ވަނީ ޓޮމް އެންޑް ޖެރީގެ އިތުރު އާ 34 ބައެއް އުފައްދާފައެވެ.
ޗަކް ޖޯންސް ޓޮމް އެންޑް ޖެރީ އުފެއްދި ދުވަސްތަކުގައި ޓޮމްގެ ވެސް އަދި ޖެރީގެ ސިފައަށް ފުދޭ ވަރެއްގެ ބަދަލު ތަކެއް އެއެވެ. މިގޮތުން ޓޮމް ގެ ބުމަ ފަލަ ކުރެވި، ކޯތާ ފަތުގެ ކެހެރި ގިނަ ކުރެވުނެވެ. ހަމައެހެންމެ ޖެރީގެ ލޮލާއި ކަންފަތް ކުރިއަށް ވުރެ ބޮޑު ކުރެވުނު ކަން ފާހަނގަ ކުރެވުނެވެ.

އެހެންނަމަވެސް ބީ.ބީ.ސީ އިން މިކާރޓޫނު އިނގިރޭސިވިލާތުގައި 1960 ގެ ފަހުގެ އަހަރުތަކުގައި ދެއްކުނު އިރު އެއްވެސް ބައެއް ކަނޑާލެވިފައި ނުވެއެވެ. އަދި ޓޮމްގެ ވެރިމީހާގެ ގޮތުގައި ފެންނަމުން ދިޔައީ މެމީ އެވެ. ކާރޓޫނު ދެއްކުމަށް ހަމަޖެހިފައިވާ ގަޑީގެ އިތުރުންވެސް ޓޮމް އެންޑް ޖެރީ ބީ.ބީ.ސީ އަށް އިތުރު ގޮތަކުން އެހީ ވެފައިވެއެވެ. މިގޮތުން އެ ޗެނަލުން ދެއްކުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ދެއްކުމުގައި އުނދަގޫތަކެއް ކުރިމަތި ވެއްޖެ ނަމަ ވަގުތުން ޓޮމް އެންޑް ޖެރީ ދައްކަން ފަށައެވެ. އެގޮތުން ބެލުންތެރިންގެ މެދުގައި މިޗެނެލް ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ.
އެއްފަހަރެއްގައި މިކާރޓޫނުން ޓޮމް ސިނގެރޭޓެއް ބޯ މަންޒަރު ބެލެނިވެރިއަކަށް ފެނުމުން މައްސަލަ ޖައްސާފައިވެއެވެ. އެހެންކަމުން މިބައިތައްވަނީ ކަނޑާލެވިފައެވެ.
ޓޮމް އެންޑް ޖެރީ އަކީ ގިނައިން ވާހަކަ ދައްކާ ކާރޓޫނަކަށް ނުވާތީ، މިކާރޓޫނު ވަރަށް ފަސޭހައިން އެހެނިހެން ބަސްބަހަށް ތަރުޖަމާކުރެވިގެން ދިޔައެވެ. ޖަޕާނުގައި ޓޮމް އެންޑް ޖެރީ އެންމެ ފުރަތަމަ ދައްކަން ފެށުނީ 1964 ގައެވެ.
ޗައިނާ، އިންޑިއާ، އިންޑިނޭޝިއާ، އިރާން، ތައި-ލޭންޑް، މެދު އިރުމަތި އަދި ދެކުނު ސައުތު ކޮރެއާގައި ވެސް ބެލުންތެރިންގެ ތަރުހީބެއް ޓޮމް އެންޑް ޖެރީ އަށް ލިބިގެން ދިޔައެވެ. ހަމައެފަދައިން އަޅުގަނޑުމެން ދިވެހި ރާއްޖޭގައިވެސް ޓޮމް އެންޑް ޖެރީ އަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވެއެވެ.
މެކްސިކޯ، ކޮލަމްބިއާ، ބްރެޒިލް، އިންޑިއާ އަދި ޕާކިސްތާނުގެ ކާރޓުން ނެޓްވޯކް ޗެނަލުން ގާތްގަނޑަކަށް ކިންމެ ދުވަހަކު ޓޮމް އެންޑް ޖެރީ ދައްކައެވެ. ރަޝިއާގެ ޗެނަލްތަކުން އެޤައުމުގައިވެސް ދުވާލު ގަޑީގައި މިކާރޓޫނު އަޅުވާ ކަމަށް ވެއެވެ.

ކޮމިކް ފޮތްތަކުގައި ޓޮމް އެންޑް ޖެރީ އެންމެ ފުރަތަމަ ފާޅުވާން ފެށީ 1942 ގައެވެ. އެއީ އަވަ ގޭންގް ކޮމިކްސް އިންނެވެ. 1949ގައި އެމް.ޖީ.އެމް.ގެ އަވަ ގޭންގް ސީރީސްގެ ނަން ޓޮމް އެންޑް ޖެރީ ކޮމިކްސްގެ ނަމަށް ބަދަލު ކުރެވުނެވެ. މިފޮތް 20 ވަނަ ގަރުނު ނިމެންދެން ޓޮމް އާއި ޖެރީ އެކުގައި ތަފާތު ފޮތްތަކުން ފެންނަމުން ދިޔައެވެ.
ޓޮމް އެންޑް ޖެރީގެ ބައެއް ވީޑިޔޯ ގޭމްތަކުންވެސް ފެނިގެން ދިޔައެވެ. މިގޮތުން:

ޓޮމް އެންޑް ޖެރީ ސްޕޮޓްލައިޓް ކަލެކްޝަން ގެ ގޮތުގައި ޓޮމް އެންޑް ޖެރީގެ ބައިތައް އެއް ސީޑީ އެއްގެ ގޮތުގައި އެމެރިކާގައިވަނީ ރިލީޒް ކުރެވިފައެވެ. އެހެންނަމަވެސް މިގޮތައް މިސީޑީ ރިލީޒް ކުރުމުން ބެލުންތެރިންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދިފައިވެއެވެ. ސަބަބަކަށް ވެގެން ދިޔައީ މިގޮތަށް މިސީޑީ ނެރވިފައިވި އިރު ކާރޓޫނުގެ ބައެއް ބައިތަކަށް ވަނީ ބަދަލު ގެނެވިފައި ހުރުމެވެ.
ޔޫ.ކޭ ގައި މިކާރޓޫނު ރިލީޒް ކުރެވިފައިވަނީ މިކާރޓޫނުގެ ބައިތައް ނިކުތް ތަރުތީބުންނެވެ. އެހެންނަމަވެސް  މިލިއަން ޑޮލަރ ކެޓް ފަދަ މަދު ބައިތަކެއް މިގޮތައް މިކާރޓޫން މިކާރޓޫނު ރިލީޒް ކުރެވުނު އިރު ހިމަނާފައި ނުވެއެވެ. މިގޮތައް މިބައިތައް ހިމަނާފައިނުވާ ސަބަބެއް އެނގިފައެއް ނުވެއެވެ.
 

ތިރީގައި މިވަނީ އޮސްކާރ އެވޯރޑުގެ އެންމެ މޮޅު ކުރުކާރޓޫނުގެ މަޤާމް ހޯދި މިކާރޓޫނުގެ ބައިތަކެވެ.

ތިރީގައި މިވަނީ އޮސްކާރ އެވޯރޑުގެ އެންމެ މޮޅު ކުރުކާރޓޫނުގެ މަޤާމަށް ހޮވި އެކަމަކު މި މަޤާމް ކާމިޔާބު ކޮށްފައި ނުވާ މިކާރޓޫނުގެ ބައިތަކެވެ.

ތިރީގައި މިވަނީ އެނީ އެވޯރޑް އެކި ބައިތަކަށް ހޮވިފައިވި، އެހެންނަމަވެސް އެއްވެސް މަޤާމެއް ކާމިޔާބު ކުރެވިފައި ނުވާ މިކާރޓޫނުގެ ބައިތަކެވެ.




#Article 59: ކަލާނގެ ވޮޑިގެންވުން (197 words)


ކަލާނގެ

ކަލާނގެ އެއް ވޮޑިގެންވޭތޯ ނުވަތަ ވޮޑިގެން ނުވޭތޯ މިއީ ވަރަށް ކުރީއްސުރެ، ވަރަށް ދުވަސްވަންދެން ކުރެވެމުން އަންނަ ބަހުސްއެކެވެ. 'ކަލާނގެ' ކަމަށް މި ލިޔުމުގައި ބަލާފައިވާނީ، އެންމެ ކަލެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މައިގަނޑު 3 ދީން ކަމުގައިވާ ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، އިސްލާމްދީން ގައި، 'ކަލާނގެ' ކަމަށް އާންމުކޮށް ސިފަކުރާ ގޮތަށެވެ. އެއީ، ކާއިނާތު ޚަލްގުކުރެއްވި ފަރާތްކަމާއި، އެ ފަރާތަކީ، އެންމެ ކުޅުދުންވަންތަ، އެންމެ މޮޅަށް ދެނެވޮޑީގެންވާ، އަދި އެންމެ މާތްވެގެންވާ ފަރާތްކަމަށެވެ. މި ސިފަތަކަކީ އޭގައި،'ލޮޖިކަލީ' ނުކުރެވޭނެ ކަންތައްތައް ފިޔަވައި އެއްވެސް ހައްދެއް ކަނޑައެޅިފައިނުވާ ސިފަތަކެކެވެ. 

މި ލިޔުމުގައި ކަލާނގެ ވޮޑީގެންވާ ކަމުގެ ބަހުސް ބިނާކޮށްފައިވަނީ ހުޅަނގުގެ ފިލޯސީފަގައި އެ ބަހުސް ކުރެވެމުންދާ ގޮތަށެވެ. 

ކަލާނގެ ވޮޑިގެންވާކަން

ހުޅަނގުގެ ފަލްސާފާގައި ކަލާނގެ ވޮޑީގެންވާކަމަށް ދަޢުވާކޮށް ގިނަ ހުތްޖަތް ދެއްކޭތޯ ފިލޯސަފަރުން ވަނީ މަސައްކަތްކޮށްފައެވެ. މި ގޮތުން ފާހަގަކޮށްލެވޭ ބައެއް ބަހުސް ތަކުގެ ތެރޭގައި 'ކޮސްމޮލޮޖިކަލް' 'އޮންޓޮލޮޖިކަލް' އަދި 'ޓިލިއޮލޮޖިކަލް' ނަންނަމުގައިވާ ބަހުސް ފާހާގަ ކޮށްލެވެ އެވެ. މިތަނުން ކޮސްމޮލޮޖިކަލް ބަހުސްގައި ކަނލާގެ އެއް ވޮޑިގެންވާކަމަށް ބަހުސްކޮށްފައިވަނީ ކާއިނާތުގެ ހަގީގަތްކަމަށް އަހަރަމެން ގަބޫލުކުރާ ކަންކަމަށް ބަލައިގެންނެވެ. މިސާލަކަށް ކޮސްމޮލޮޖިކަލް ބަހުސްގެ ގެތެރޭގައި އަންނަނިވި ގޮތަށް ކަލާނގެ އެއް ވަކާކަމަށް ބައެއް ފިލޯސޮފަރުން ވަކާލާތުކުރެ އެވެ: އުފެދޭ ކޮންމެ އެއްޗެއް އުފެދެނީ ކޮންމެވެސް އެއްޗެއް މެދުވެރިވެގެންކަމަށް އަހަރަމެންގެ ތަޖުރިބާ ބުނެއެވެ. ކާއިނާތް ނެތުމުގެ ތެރެއިން އަމިއްލައަށް އުފެދިދާނެކަމަކަށް ބުއްދިގަބޫލެއް ނުކުރެވެއެވެ. އެކަމަކު ކާއިނާތް އުފެދުނީ އެހެން ކާއިނާއަތުން ކަމާއި، މި ކާއިނާތް އުފެދުނީ ދެންވެސް އެހެން ކާއިނާއަތަކުން ކަމަށް ބުނާނަމަ، ކާއިނާއަތް ވާ ވުމަށް، ސަބަބެއް ނުވަތަ އެކްސްޕްލަނޭޝަނެއް ދެވެނީކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން، ކާއިނާތް އުފައްދަވާނެ ފަރާތެއް ވެއެވެ. މި ފަދަ ގޮތަކަށް ބަހުސްކޮށްފައިވާ ބައެއް ފިލޯސަފަރުންގެ ތެރޭގައި ޕްލޭޓޯ އާއި އެރިސްޓޯޓްލް އާއި ތޯމަސް އެކްވިނަސް ހިމެނެ އެވެ. 

ކަލާނގެ ވޮޑީގެން ނުވާކަން




#Article 60: ޔުނިޓަރީ ނިޒާމާއި ފެޑެރަލް ނިޒާމުގެ ސަރުކާރު (154 words)


ދުނިޔޭގެ ގިނަ ގައުމުތަކުގެ ޢާއްމު ސަރުކާރުގެ ތެރޭގައި އިތުރު ސަރުކާރުތަކެއް ހިމެނިގެން ވެއެވެ. މި އިން ކޮންމެ ސަރުކާރަކަށް ހިންގުމުގެ ޤާނޫނީ ބާރާއި އަމިއްލަ ޤާނޫނުތަކެއް ލިބިގެންވެއެވެ. ދުނިޔޭގައި މިއަދު ދެ ނިޒާމެއްގެ ސަރުކާރުތައް ހިނގަމުން ދެއެވެ. އެ ދެނިޒާމަކީ ޔުނިޓަރީ ނިޒާމާއި ފެޑެރަލް ނިޒާމެވެ. މި ނިޒާމުތަކުގެ ސަރުކާރުތަކުގައި ހިމެނިގެންވަނީ މުޅި ޤައުމަށް ފެތުރިފައިވާ މަރުކަޒީ ސަރުކާރަކާއި ގައުމުގެ އެކި ސަރަޙައްދު ތަކުގެ ސަރުކާރު ތަކެވެ. މީގެ ތެރޭގައި ސްޓޭޓް ސަރުކާރު ތަކާއި ޕްރޮވިންސް ސަރުކާރު ތަކާއި ޑިސްޓްރިކްޓް ސަރުކާރު ތަކާއި ސިޓީ ތަކުގެ ސަރުކާރެވެ. މި ހުރިހާ ސަރުކާރުތަކެއް ވެސް ހިނގަނީ ކަނޑައެޅިފައިވާ ވަކި ރޭވުން ތަކެއްގެ ދަށުންނެވެ. ގިނަ ގައުމުތަކުގެ ސަރުކާރު ހިންގުމުގައި ބޭނުން ކުރެވެނީ އެހެންޏާ ޔުނިޓަރީ ނޫނީ ފެޑެރަލް ނިޒާމެވެ.

ޔުނިޓަރީ ނިޒާމުގައި މައިގަނޑު ހުރިހާ ބާރުތަކެއް ދެވިފައިވަނީ މަރުކަޒީ ސަރުކާރަށެވެ. ސްޓޭޓް ސަރުކާރާއި ޕްރޮވިންސް ސަރުކާރާއި ރަށްފުށުގެ އިދާރާތައް އުފައްދަނީ މަރުކަޒީ ސަރުކާރުންނެވެ. ލާ މަރުކަޒީ ސަރުކާރުތަކަށް ލިބެނީ މަރުކަޒީ ސަރުކާރުގެ ފަރާތުން އައްޔަން ވެގެން ލިބޭ ބާރެކެވެ. ފަރަންސޭސި ވިލާތާއި އިޓަލީ ވިލާތާއި ޖަޕާނާއި އިނގިރޭސިވިލާތުގައި އޮންނަނީ ޔުނިޓަރީ ނިޒާމުގެ ސަރުކާރެވެ. ޔުނިޓަރީ ނިޒާމު އޮތް ކަމުގައި ވިޔަސް މި އިން ކޮންމެ ގައުމަކުން ވެސް ބާރުތައް މަރުކަޒީ ކުރުމާއި ލާ މަރުކަޒީ ކުރުމުގައި އަމިއްލަ ހަމަ ތަކެއް ގެންގުޅެއެވެ. ސީނުކަރައާއި އުތުރު ކޮރެއާ އާއި ކިއުބާ ފަދަ ކޮމިއުނިސްޓް ގައުމުތަކުގައި ވެސް އޮންނަނީ ޔުނިޓަރީ ނިޒާމުގެ ސަރުކާރުތަކެވެ.




#Article 61: ތިލަފުށި (469 words)


 

ތިލަފުށި އުފެދުނު ގޮތް

ތިލަފުށްޓަކީ މާލެއަތޮޅު ގިރާވަރާއި ގުޅިފާޅާއި ދެމެދު ވާދޫކނަޑާއި އިންވެގެން އޮތް ދެކުނު ތިލަފަޅު ގެ ނަމުން މަޝްޙޫރުވެފައިވާ 7 ކިލޯ މީޓަރުދިގު އެތެރޭގައި ފުންވިލެއް އޮތް ތިލަފަޅެކެވެ. ފަޅުގެ ހިކިތަނުގެ އެވްރެޖް ފުޅާމިނަކީ 200 މީޓަރެވެ. ތިލަފުށްޓަކީ މާލެއާއި 6.85 ކިލޯ މީޓަރު ދުރުގައި އޮތް މަސްނުޢީ ރަށެކެވެ. ރާއްޖޭގައި ގެންގުޅޭ މެދުފަންތީގެ ދޯނުފަހަރުގައި 20 މިނެޓާއި 35 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކުން ތިލަފުށްޓާއި މާލެއާއި ދޭތެރޭގައި ދަތުރުކުރެވެއެވެ. 

މާލޭގައި ބޮޑުވެފައި އޮތް ކުނިގޮނޑު ހުސްކޮށްލުމަށްޓަކައި ކުނި ގެންދާނެ ތަނެއް ހޯދުމާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާތަކާއި ތަޖްރިބާ ދަތުރުތަކާއި މަސައްކަތްތަކަށްފަހު ތިލަފުށި ވުޖޫދަށް އައީ 1991 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހުއެވެ. ތިލަފުށީގެ ޙަޔާތުން މި ވޭތުވެދިޔަ ދިގު އަހަރުތަކަށްފަހު މިހާރުވަނީ މާލެއާއި މާލެ ކައިރީގެ ރިސޯރޓްތަކާއި އެއަރޕޯޓް އަދި ވިލިނގިއްޔާއި 2004 މެއި މަހުގެ ތެރޭގައި މީހުން އާބާދުވި ހުޅުމާލެއިން ކުނި ނައްތާލާ ރަށަކަށްވުމުގެ އިތުރުން ސިނާޢީ ބޮޑެތި މަސައްކަތްތަކެއް ކުރާ ކާރުހާނާތަކެއްވެސް ހުރި ބިމަކަށް ބަދަލުވެފައެވެ. 

މިކަންކަން ތިލަފުށީގައި ފަށައިގަނެވުމުން އެންމެ ބޮޑު ފައިދާއެއް ޙާސިލްވި އެއްބަޔަކީ މާލޭގެ ރައްޔިތުންނޭ ދެންނެވިދާނެއެވެ. ސަބަބަކީ ގެދޮރު ފުރި ބާރުވަފައި އޮތް މާލޭގެ އާންމުން ދިރިއުޅޭ ހިސާބުގެ މެދެތެރޭގައި ހެދިފައިހުރި ސިމެންތި ގުދަންތަކުގެ ސަބަބުން ލިބެމުން އައި ގެއްލުމާއި އުނދަގުލުން މާލޭގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްވީކަމެވެ. ސިމެންތި ބަންދުކުރާ ކާރުޚާނާތަކާއި ރައްކާކުރާ ހުރިހާ ގުދަނެއް މިހާރު ހުރީ ތިލަފުށީގައެވެ. އަދި އެހެނިހެން ގެދޮރު ޢިމާރާތްކުރާ ހިލައާއި ހިލަވެލި ދަގަނޑުފަދަ ހުރިހާ ބާވަތެއްވެސް މިއިގަނޑު ޖަމާވެފައިހުރީ ތިލަފުށީގައެވެ. 

ތިލަފުށްޓަށް ކުނި އުފުލުން 

މާލޭގެ ކުނި ތިލަފުށްޓަށް ފުރަތަމަ ގެންދެވުނީ 7 ޖެނުއަރީ 1992 ގައެވެ. މާލޭގައި (މާލެ،ވިލިނގިލި،ހުޅުމާލެ) އުފެދޭ ކުނި ތިލަފުށްޓަށް އުފުލަމުންދަނީ ސަރުކާރުގެ ޚަރަދުގައި 15 ޓަނުގެ ޑަމްޕް ޓްރްކްގައި ކޮޅުވެއްޓީގެ އެހީގައެވެ. އެއާރޕޯޓާއި މާލެ ކައިރި ރިސޯރޓްތަކުން ތިލަފުށްޓަށް ކުނި އުފުލަނީ އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ދޯނިފަހަރާއި ބާޖް ފަހަރުގައެވެ. 

ތިލަފުށީގައި ކުނި ނައްތާލުމަށްޓަކައި ފަރަތަމަ ބޭނުންކުރިގޮތަކީ ތިލަފަޅުމަތީގައި 50 ފޫޓް ދިގު 50 ފޫޓް ފުޅާ ވަޅެއް 15 ފޫޓް އަޑިއަށް ކޮނެ ލިބޭ ވެލިތަކުން ވަޅުގެ ވަށާފާރު 20 ފޫޓް ފުޅާކޮށް ތައްޔާރުކުރުމަށްފަހު ވަޅުގަނޑުގެ އެތެރެއަށް ކުނި އަޅަމުންގޮސް ފުރުމަށްފަހު ވަޅުގެ މައްޗަށް ގައުކުނޑި އަޅާ އެއްވަރުކޮށް ރީތި ބިމަކަށް ހަދާލަނީއެވެ. ތިލަފުށްޓަށް ކުނި ގެންދަންފެށިތާ ކުރީކޮޅު މާލޭގައި ޖަމާވެފައިވާ ކުނީގެ އަދަދު ބޮޑުކަމުން ހުރިހާ ވައްތަރެއްގެ ކުންޏެއް އޮތީ ވަރަށްބޮޑަށް އެކުވެ އެކައްޗަކަށްވެފައެވެ. އެދުވަސްވަރު ކުނީގެ ބާވަތްތަށް ވަކިކުރާނެ ވަގުތާއި ޖާގަ ނެތުމުން ތިލަފުށީގައި ހެދުނު ވަޅުގަނޑުތަކަށް ތިލަފުށްޓަށް ގެންދެވޭ ކުނި އަޅަމުން ގެންދިޔައީ ހުރިގޮތަށެވެ. ނަމަވެސް މާލޭގައި މިއަދު ކުނި ޖަމާވާންހުރީ ތަފާތު ދެކޮށްޓެވެ. އަދި ކުނީގެ ތެރޭގައި ހުރި ތަފާތު ބާވާތްތައް ވަކިކުރުވަން ބާރު އެޅުމުގެ ގޮތުން ކުނީގެ މައިގަނޑު ބާވަތްތައް ޖަމާކުރަމުންދަނީވެސް އަދި ތިލަފުށްޓަށް ގެންދަނީވެސް ނައްތާލަނީވެސް އެކި ބާވަތްތައް އެކި ގޮތަށެވެ. 

ތިލަފުށީގެ ބިން ބޭނުންކުރުން

ތިލަފުށީގެ ބިންބޮޑުވެ ބިން ކުއްޔަށްދެވި އާމްދަނީ ލިބެންފެށުމުން ސަރުކާރުން ތިލަފުށީގައި ފުރަތަމަ ދާއިމީ ބިނާއެއްކަމަށް ކަނޑަ އެޅުއްވީ މިސްކިތެކެވެ. 11 އޮކްޓޯބަރު 1998 ގައި ބިއްގާ އަޅުއްވާދެއްވާ 16 ޑިސެމްބަރު 1998 ގައި މަސްޖިދުލް އީޘާރު ހުޅުއްވާދެއްވީ ރައީސުލް ޖުމްޙޫރިއްޔާ އަލްއުސްތާޛު މަޢްމޫން އަބްދުލް ޤައްޔޫމެވެ. 

ތިލަފުށީގައި ކުރަންޖެހޭ މަސައްކަތްތަކާއި ހަދަންޖެހޭ ފެކްޓްރީތައް ގިނަވުމާއިއެކު އެ ތަންތަނަކީ ގެނބުމެއްނުހުންނަ ބިމުގައި އަޅަންޖެހޭ ތަންތަނަށް ވެގެންދިއުމުން ތިލަފުށީގައި އުތުރުބައިން 1 ކިލޯމީޓަރު ދިގު 200 މީޓަރުފުޅާ ބިމެއް ޚާއްޞަކޮށް ވެލިން ހިއްކުނެވެ. 

ތިލަފުށީގެ އުތުރުބައިން މި ހިއްކުނު ސަރަޙައްދާއި ކުނިއަޅައިގެން ފުރަތަމަ ހިއްކުނު ބަޔާއިމެދު އެކަށީގެންވާ ދުރުމިނެއް ހުރުމުގެ ސަބަބުން ތިލަފުށީގެބ ފުރަތަމަ ބައިގައި ބިނާކުރެވިފައިވާ މަސްޖިދުލް އީޘާރަށް ނަމާދުކުރުމަށް އައުމަށް އުތުރުބައިގައި އުޅޭމީހުންނަށް ދަތިކަމަކަށްވާކަން ފާހަގަކުރެވިގެން ތިލަފުށީގެ އުތުރުބައިގައި މަސްޖިދުލް އާލާއި 1422 ވަނަ އަހަރުގެ ރަޖަބްމަހުގެ 27 ވަނަ ދުވަހު ބިންގާ އަޅުއްވާދެއްވާ ހަމަ އެއަހަރުގެ ރަމަޟާންމަހުގެ 1 ވަނަ ދުވަހު ހުޅުއްވާދެއްވީ އޭރުގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އަލްފާޟިލް ޢުމަރު ޒާހިރެވެ. 

ތިލަފުށްޓަކީ މިއަދު ބޮޑުބިމަކަށްވީފަދައިން ތިލަފުށީގެ ބިން ނަގާފައިހުރި ފަރާތްތަކުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތިލަފުށީގައި ވަނީ އެތައް ކާރުޚާނާތަކެއް ހެދިފައެވެ. މީގެ ތެރޭގައި ހިމެނޭ މުޙިއްމު ކާރުޚާނާތަކަކީ:-

ހިންގާ ބަލައްޓަނީ:

ތިލަފުށީގެ ބިން ކުއްޔަށް ދިނުމާއި ސިނާއީ އެހެނިހެން މަސައްކަތް ބަލަހައްޓަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުންނެވެ. 
ތިލަފުށީގައި ކުރެވޭ ކުނިނައްތާލުމުގެ މަސައްކަތް ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުންނެވެ. 
ވޭސްޓް މެނޭޖްމަންޓް ސެކްޝަން، ފޯން: 3323859 960+   




#Article 62: ކުޅުދުއްފުށި (ހދ. އަތޮޅު) (115 words)


ކުޅުދުއްފުށްޓަކީ ހދ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އަދި ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ މީހުން ގިނަ ރަށެވެ. މާކެޔޮޅުކަމުދިޔުމާއި ބޯޓުދަތުރުކުރުން މިއީ  މިރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ގޮތުގައި ފާހަގަކުރެވޭ ދެމަސައްކަތެވެ. މީގެއިތުރުން މިރަށަކީ ރޯނުވެށުމަށް އެންމެ މަޝްހޫރު މީހުން ތިބި ރަށްކަމަށް ފާހަގަ ކުރެވިފައިވާ ރަށެވެ. މިރަށުގެ މީހުން ދިރިއުޅުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުމާއި، ރޭނުމާއި، ސިމެންސީގެ މަސައްކަތާއި، ކަނބުރުވެރިކަން ފާހަގަ ކުރެވެއެވެ.

ޤުދުރަތީ ޙާދިސާތަކުގެ ތެރެއިން 1812 ، 1819 އަދި 1821 މިއަހަރުތަކުގައި އައި ގަދަ ވަޔާއި ވިއްސާރައިގެ ތޫފާން ތަކުގައި މިރަށަށް ވަރަށް ބޮޑަށް ގެއްލުން ލިބުނުކަމަށްވެއެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނު ކަމަށް ތާރީޚް ބުނެއެވެ. 

މިރަށަށް ޚާއްޞަ ކަންތައްތަކުގެ ތެރޭގައި މިރަށުގައި ކުޅެވޭ ޘަޤާފީ ކުޅިވަރު ތަކުގެ ތެރެއިން ދަމުހިނގުން (ނުވަތަ މާލިކުޅިވަރު) ފާހަގަ ކޮށްލެވެއެވެ. މިކުޅިވަރު މިހާރު ކުޅެ އުޅެނީ ބޮޑުޢީދު ކަހަލަ މުނާސަބަތު ތަކުގައެވެ. މީގެ އިތުރުން، މިރަށުގައި ތައްޔާރުކުރާ ހާލުފޮޅިއާއި މަސްބޮނޑިއަކީ މިރަށަށް ޚާއްޞަ ކެއުމުގެ ދެބާވަތެކެވެ.




#Article 63: ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު (1738 words)


ވިކިޕީޑިއާއިން

 

 

ދިވެހިރާއްޖެއަކީ އާބާދީ މަދު، ބިންތިރި، ކުޑަ ގައުމަކަށް ވިޔަސް ގަދީމީ ތާރީޚެއް އޮތް ގައުމެކެވެ. ޕޯޗުގީޒުންގެ ބާރުގެ ދަށުގައި ފަނަވަރަކަށް އަހަރު ހޭދަކުރަން ޖެހުނަސް، މަލާބާރީންގެ އަނިޔާވެރިކަމުގައި ދެތިންމަސްދުވަހު އުޅެން ޖެހުނަސް އަދި އިނގިރޭސީންގެ ހިމާޔަތުގައި އަހަރުތަކެއް ވަންދެން އޮންނަން ޖެހުނަސް މިނިވަން ގައުމެކެވެ. އަމިއްލަ ވެރިކަމެއް ކުރަމުން އައި އަމިއްލަވަންތަ ބަޔަކު ދިރިއުޅޭ ގައުމެކެވެ. މިހެންވުމުން ޒަމާނުއްސުރެ ސަރުކާރު ހިންގުމުގެ އުސޫލުތަކެއް އޮންނާނެކަމަށް ބެލެވެއެވެ. ރާއްޖޭގައިވެސް ވެރިކަމުގެ ތަފާތު އިދާރާތަކާއި އުސޫލުތައް ހުންނާނެކަމީ ބުއްދި ގަބޫލުކުރެވޭ ކަމެކެވެ. މިގޮތުން މިމަޒުމޫނުގައި މިބަލައިލަނީ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމުގެ ކުރިން ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު އޮތް ގޮތާއި ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔަތެއް އުފެދުނު ގޮތާއި އެ ޖުމްހޫރިއްޔަތު އުވެން މެދުވެރިވި ސަބަބުތަކަށެވެ.
 

ދިވެހިރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ރަސްކަމެވެ. ރާއްޖޭގެ އެންމެ އިސް ވެރިޔަކީ ރަސްގެފާނެވެ. ދައުލަތުގެ ހުރިހާ ބާރެއް އޮންނަނީ ރަދުންނަށެވެ. ނަމަވެސް ރަދުންނަށް ކުރިމަތިވާ ބޮޑެތި ކަންކަމުގައި ލަފާހޯދާ ކޮމެޓީއެއް ރަދުން އުފައްދަވާފައި އޮވެއެވެ. މިކޮމެޓިގައި ތިބޭނީ ރަދުންގެ ގާތްމީހުންނާއި ރައްޓެހި ރަހުމަތްތެރީންނެވެ.

މީލާދީން 1890 ވަނަ އަހަރާ ހަމައިން ފެށިގެން ސަރުކާރު ހިންގުމުގެ ހުރިހާ ކަމެއް ރާވާ ހިންގަނީ ބަނޑޭރިގެއިންނެވެ. ރާއްޖޭގެ އަތޮޅުތަކާއި ރާއްޖޭން ބޭރާ ބެހޭ ހުރިހާ ކަމެއް ވެސް ހިންގަނީ ބޮޑު ބަނޑޭރިގެއިންނެވެ. ބަނޑޭރިގޭގައި އެކަމަށް ޚާއްޞަ ކުރެވިފައި ހުންނަ މޭޒުތަކުންނެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ. ރަސްގެފާނަށް އޮންނަނީ ބޮޑުވަޒީރު ސަރުކާރު ހިންގެވުމުގައި ލަފާ އެއްސެވުމުން ލަފާ ދެއްވުމެވެ. މިގޮތަށް ކަންތައް އޮތްނަމަވެސް އަދުލު އިންސާފު ގާއިމު ކުރަނީ ރަސްގެފާނު އިސްކުރައްވާ ބައެކެވެ. ވީމާ ފަނޑިޔާރުންނަކީ ރަދުން އިސްކުރައްވާ ބައެކެވެ.

އަބްދުﷲ ޒަމީރު(ޝާއިއުނުކުރާ ލިޔުމެއް) ހާމަކުރާ ގޮތުގައި 1890ގެ އަހަރުތަކަށް ވުރެ ކުރިއަށް ޖެހިލާއިރު، ރަސްގެފާނުގެ ފަރާތްޕުޅުން ނެރުއްވާ އަމުރުތައް ނެރުއްވަނީ ހަނދޭގިރިން މެދުވެރި ކުރައްވައިގެނެވެ. މިދުވަސްވަރު ވެސް އަތޮޅުތަކަށާއި ރަށްރަށް ރަސްގެފާނުގެ އަމުރުފުޅުތައް މަދުމަދުން ފޮނުއްވައެވެ. މާގިނަ ލިޔުންތަކެއް ނުހުރެއެވެ. ރަސްގެފާނުގެ އަމުރުފުޅަށް ރަށްރަށަށް އަމުރައިގެން ފޮނުއްވުމުން ފަތްތޫރަ ހިންގަވަނީ ދެވަނަ އިއްޒަތް ދެއްވާފައިވާ ބޭފުޅުންނެވެ. މިގޮތުން އަތޮޅުތަކާއި ރަށްރަށަށް އަމުރު ފޮނުއްވަނީ ވާރު ނެގުމަށާއި ބޭރުގެ ނުރައްކަލެއް މެދުވެރިވެގެން އަޅަންވީ ފިޔަވަޅުތައް އެންގެވުމަށާއި ބޮޑު ބަލިމަޑުކަމެއް ޖެހުމުން އެކަމުގެ ޚަބަރު ފޮނުއްވުން ފަދަ ޚާއްޞަ ކަންތައްތަކުގައެވެ. މިގޮތުން ރަށްރަށަށް ފޮނުއްވާ ބޭފުޅުން މާލެ ވަޑައިގެންފައި އެކަމުގެ މައުލޫމާތު ހަނދޭގިރިން މެދުވެރިކޮށް ރަސްގެފާނަށް އަރުވައެވެ.

ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމުގައި ބޭނުން ކުރެމުން އައި ނަންތަކުގެ ތެރެއިން ބައެއް ނަންތަކަކީ މީގެ އެތައް ގަރުނެއްގެ ކުރިން އުފެދިފައިވާ ނަންތަކެކެވެ. ނަމަވެސް މިހާރާ ގާތްކުރާ ގޮތަކަށް ވެރިކަން ހިންގުމުގެ ނިޒާމް ތައާރަފު ވާން ފެށީ 19 ވަނަ ސައްތައިގެ ތެރޭގައެވެ. އިހުގެ މަގާމުތަކަށް ބަލާއިރު ދޮށިމޭނާ ކިލެގެ އަކީ ރަދުންގެ އަމުރުފުޅުގެ ދަށުން ދިވެހި ލަޝްކަރުގެ ވެރިޔާއެވެ. މިހާރުގަ ނަމަ ޑިފެންސް މިނިސްޓަރެވެ. ހަނދޭގިރިއަކީ ދާޚިލިއްޔާގެ ވެރިޔާއެވެ. ވެލާނާއަކީ ޚާރިޖިއްޔާގެ ވެރިޔާއެވެ. ފާމުލަދޭރިއަކީ ސިއްހަތާބެހެ ވެރިޔާއެވެ. ހަކުރާއަކީ މިހާރުގެ ނަމަ ޕަބްލިކް ވާރކްސް މިނިސްޓަރެވެ. ބޮޑުބަނޑޭރިއަކީ ފިނޭންސް މިނިސްޓަރެވެ. މާބަނޑޭރިއަކީ ރަދުންގެ ކަންކަން ބަލަހައްޓާ ވެރިޔާއެވެ.

ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު ބޮޑުބަނޑޭރިގޭ އުސޫލުން އޮތުމަށް ފަހު ނުވަތަ ބޮޑުބަނޑޭރިގެއިން ހުރިހާ ކަމެއް ހިންގުމުގެ އުސޫލު އޮތުމަށް ފަހު، ފާހަގަ ކުރެވޭ އެންމެ ފުރަތަމަ ބަދަލަކީ، ރާއްޖޭގައި ގާނޫނުއަސާސީއެއް އުފެދުމެވެ. މިގޮތުން 22 ޑިސެމްބަރު 1932 (23 ޝަޢުބާން 1351 ހ.) ގައި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އިއުލާނު ކުރެވުނެވެ. މިގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮންނަންވާނީ ވިރާސީ އިންތިޚާބީ ރަސްކަމެކެވެ. 

މިގާނޫނުއަސާސީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވުޒާރާ ނުވަތަ މިނިސްޓްރީތައް ގާއިމު ކުރެވުނެވެ. މިވުޒާރާތަކުން ކުރަންޖެހޭ ކަންތައްތަކާއި ވަޒީރުންގެ މަސްއޫލިއްޔަތުތަކާއި އެމީހުންގެ އިޚުތިޔާރުތަކާއި މިކަންކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެއެވެ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ހުންނަން ޖެހޭ ގޮތް ފަދަ ކަންކަން ބަޔާންކޮށްފައިވެއެވެ. މިކަންކަން ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ އަޙްކާމްއާންމުގައެވެ. 

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާ ގުޅިގެން ގާއިމު ކުރެވުނު ވުޒާރާ (މިނިސްޓްރީ) ތަކުގެ އަދަދަކީ 12 އެވެ. އެ ވުޒާރާތަކުގެ ނަންތައް ތިރީގައި އެވަނީއެވެ.

 	
މި ބާރަ ވުޒާރާގެ އިތުރުން މުހިންމު އެހެން މަގާމެއް އެދުވަހު އިއުލާން ކުރިއެވެ. ނާއިބުލް ޢުމޫމީގެ މަގާމެވެ. ނުވަތަ ދައުލަތުގެ ބަންޑާރަނައިބުގެ މަގާމެވެ. ވަރަށް ކުރީއްސުރެ ރާއްޖޭގައި ބަންޑާރަނައިބުންގެ ޚިދުމަތް (ބަންޑާރަނައިބުގެ ނަމުގައި ނޫނަސް)  ކުރައްވަމުން އައިސްފައިވެއެވެ. ނަމަވެސް  1932 ޑިސެމްބަރު 22 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އިއުލާން ކުރުމުން ދައުލަތުގެ ނާއިބުލް ޢުމޫމީގެ މަސްއޫލިއްޔަތުތައް ކަނޑައެޅުނެވެ. ގާނޫނުއަސާސީ ބުނާ ގޮތުން، ނާއިބުލް ޢުމޫމީ (ބަންޑާރަނައިބު) އަކީ ވަޒީރުލް ޙައްޤާނިއްޔާއަށާއި މަޙްކަމަތުއް ޝަރްޢިއްޔާގެ ޝަރީޢަތް ކުރާ ވެރިންނަށް ޝަރީޢަތާއި ގާނޫނީ ގޮތުން ނަސޭހަތްތެރިވެ މަޝްވަރާދޭ މީހާއެވެ. ދައުލަތުގެ ފަރާތުން ޝަރީޢަތްތަކުގައި ވަކާލާތު ކުރާނޭ މީހަކީ ވެސް ދައުލަތުގެ ނާއިބުލް ޢުމޫމީއެވެ.

ކޮންމެއަކަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދުސްތޫރީ ހުކޫމަތު ގާއިމު ކުރެވުމާ ގުޅިގެން ސަރުކާރު ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ނަމަވެސް މިގޮތުން އުފެދުނު ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް މާ ކަމުދާ ގާނޫނުތަކަކަށް ނުވިއެވެ. މިހެން ވާންވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ރައްޔިތުން ހޭލުންތެރިނުވުމެވެ. ނުވަތަ ރައްޔިތުން ހޭލުންތެރި ކުރެވިފައި ނުވުމެވެ. މިހެންވުމުން ގާނޫނާ އެއް ގޮތަށް އަމަލު ކުރަން ރައްޔިތުންނަށް ދަތިވީއެވެ. ބައެއް ގާނޫނުތައް ގަބޫލު ނުކުރެވި، ގާނޫނުތަކާ ދެކޮޅު ހަދަންފެށިއެވެ. ސިއްހަތާ ބެހޭ ގާނޫނާއި ހިތިވިލޭރޭގެ ގާނޫނާއި ސަމާ ގާނޫނު ފަދަ ގާނޫނުތަކާއި ފުރަބަންޑާރަ ލަކުޑީގެ ގާނޫނަކީ މިފަދަ ގާނޫނުތަކެވެ.

އުފައްދާ ފާސްވަމުން ދިޔަ ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ އެއްޗިއްސަށް ނުވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ނުކުމެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލިއެވެ. މިކަން ހިނގީ ހިޖުރައިން 20 ރަޖަބް 1352 ގައެވެ. މިކަމުގައި އިސްފަރާތްތަކެއްގެ ހިއްސާވާކަމަށް ބައެއް ލިޔުންތެރިން ދެކެއެވެ. މިކަމުގައި (ގާނޫނުއަސާސީ ވީދާލުމުގައި) އެންމެ އިސް ދައުރެއް އަދާކުރެއްވީ މުޙައްމަދު ޝަމްސުއްދީން 3ވަނަ (އޭރު ހުންނެވި ރަދުން) ކަމަށް މޮޓަރުބޯޓު ގަޑުބަޑު(1966). މިފޮތުގައި ހާމަކޮށްފައިވެއެވެ. 

ފުރަތަމަ ގާނޫނުއަސާސީ އިއުލާން ކުރުމާ ގުޅިގެން ސަރުކާރު ހިންގުމަށް އައި ބަދަލުތަކަށް ފަހު ގާނޫނުއަސާސީ އުވާލުމުން ދުވަސްކޮޅަކު ރަސްގެފާނު ހިންގާ ވެރިކަމެއްގެ ގޮތުގައި އޮތެވެ. ނަމަވެސް ފަހުން ކުރީގެ ގާނޫނުއަސާސީއަށް ކުދިކުދި ބަދަލު ގެނައުމަށް ފަހު އަލުން ބޭނުން ކުރަން ފެށިއެވެ. މިއަށް ފަހު ސަރުކާރު ހިންގުމުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލަކީ ރާއްޖެގައި ފުރަތަމަ ހަފަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރެވުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް އިއުލާން ކުރީ 01 ޖެނުއަރީ 1953މ. ގައެވެ. ޖުމްހޫރިއްޔަތެއް އުފެދެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، އޭރު ރައްޔިތުންގެ ރުހުމާއި ލޯބި ލިބިފައި ހުރި، އަދި 1951 އޮކްޓޯބަރު 20 ވަނަ ދުވަހު ރަސްގެފާނުގެ ގާއިމް މަގާމެއްގެ ގޮތުން ވަލިއްޔުލް އަމްރުގެ ގޮތުގައި ހުރި މުޙައްމަދު އަމީން ރަސްކަން ގަބޫލު ނުކުރުމެވެ.
 
ދިވެހިރާއްޖޭގެ ތަހުތަށް އިންތިޚާބުކޮށްފައި ހުންނެވި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު، 21 ފެބުރުއަރީ 1952 ގައި އަވަހާރަވުމުން ރަސްކަމުގެ ތަހުތު މުޅިން ހުސްވިއެވެ. ރަސްކަން ހަވާލުކުރުމަށް ރައްޔިތުން އެންމެ ބޭނުންވި ފަރާތަކީ މުޙައްމަދު އަމީނެވެ. ނަމަވެސް މުޙައްމަދު އަމީން ރަސްކަމެއް ގަބޫލެއް ނުކުރިއެވެ. މާނައަކީ ރަސްކަލެއްގެ ގޮތުގައި ހުންނާކަށް މުޙައްމަދު އަމީން ގަބޫލެއް ނުވިއެވެ. ނަތީޖާއަކަށްވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމަކާ ބެހޭގޮތުން ހިޔާލު ތަފާތުވުމެވެ. ރައްޔިތުންގެ މަޖުލީހުން މަޝްވަރާ ކޮމެޓީއެއް އުފައްދައި، ކޮމެޓީގައި މިކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމިއެވެ. މިކޮމެޓީގައި މުޙައްމަދު އަމީން ވެސް ހިމެނެއެވެ. މި ކޮމެޓީއަށް ފެނުނީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރާށެވެ. މިނިންމުމަކީ ކޮމެޓިގެ ނިންމުމަކަށް ވުރެ ބޮޑަށް ވައްތަރީ މުޙައްމަދު އަމީނުގެ ނިންމުމަކާއެވެ. އެހެނީ އެކޮމެޓީގައި މުޙައްމަދު އަމީނު ހިމެނިފައި، އަމީނު ރަސްކަން އޮތުމަށް ނޭދޭއިރު، ރައްޔިތުން މުޙައްމަދު އަމީން ވެރިކަމުގައި ހުންނަން އެދޭތީ، އަމީން ބޭނުންވި ގޮތަށް ކޮމެޓީގެ އެހެން މެންބަރުން ދޫކޮށްލުމީ ވެދާނެ ގޮތެއް ކަމަށް ގަބޫލު ކުރެވޭތީއެވެ.

ކޮމެޓީން ނިންމި ގޮތާ ބެހޭ ގޮތުން 1952 އެޕްރިލް 16 ވަނަ ދުވަހު ޚާއްސަ މަޖުލީހުގައި މަޝްވަރާ ކުރެވުނެވެ. މަޖުލީހަށް ފެނުނީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ. މިގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮތީ އެޕްރިލް 17 އަދި 18 މިދެދުވަހު މާލޭގައެވެ. ވޯޓު ނެގީ ހަމަ އެކަނި ޖުމްހޫރީ ވެރިކަމެއް އޮންނަން ފެނޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ރައީސާއި ނައިބު ރައީސަކަށް ހުންނަން ފެންނަނީ ކާކުތޯ ވެސް ވޯޓު ނެގިއެވެ. (މުޙައްމަދު ވަޙީދު ނަދުވީ.2006). މިވޯޓު ލުމުގައި ބައިވެރިވީ މާލޭގެ ހަތަރު އަވަށުގެ މީހުންނާއި މާލެއައިސް ތިބި ރަށްރަށުގެ މީހުންނެވެ. މި ވޯޓުން ފާސްވީ ރާއްޖޭގައި ޖުމްހޫރިއްޔަތެއް އޮންނަން ފެންނަކަމަށެވެ. ރައީސަކަށް ހޮވުނީ މުޙައްމަދު އަމީނެވެ. ނާއިބު ރައީސަކަށް ހޮވުނީ ވެލާނާގޭ މުޙައްމަދު އިބްރާހީމް ދީދީއެވެ. މިނެގުނު ވޯޓުގެ ނަތީޖާއާ ގުޅިގެން ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރެވުނެވެ. ނަމަވެސް ރައްޔިތުން މިގޮތަށް ވޯޓު ދިނީ ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން އެންމެ ބޮޑު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމުކަން ރައްޔިތުންނަށް އެނގިގެން، ޖުމްހޫރީ ވެރިކަމެއް އޮތުމަށް ރައްޔިތުން ބޭނުންވެގެން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ އޭރު ރާއްޖޭގެ ރައްޔިތުންގެ އެފަދަ ހޭލުންތެރިކަމެއް ނެތެވެ.

ކޮންމެއަކަށް ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުން އައި ރަސްކަމުގެ ނިޒާމު އުވާލައި، ރާއްޖޭގައި އަލަށް ޖުމްހޫރިއްޔަތެއް އުފެދުމަކީ ސަރުކާރު ހިންގުމުގެ އުސޫލުތަކަށް ނުވަތަ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އައި ކަމެކެވެ. ޖުމްހޫރީ ނިޒާމެއްގައި ހިމެނޭ އުސޫލުތައް ތައާރަފު ކުރެވެމުން ދިޔައެވެ. ޖުމްހޫރީ ނިޒާމެއްގެ ހުރިހާ އުސޫލުތަކެއް ތައާރަފުކޮށް، އެނިޒާމުގައި ހުންނަ ހުރިހާ އިދާރާތައް ވެސް ހެދިއެވެ. އެކަމަކު ނަމެއްގައެވެ. (މުޙައްމަދު ވަޙީދު ނަދުވީ.2006). ރައްޔިތުންގެ މަޖުލީހެއް އޮތެވެ. އެމަޖުލީހުގެ ދެ ގެ އުފެއްދިއެވެ. އެއީ ސެނެޓާއި ރައްޔިތުންގެ ގެ އެވެ. ސެނެޓްގައި ކެބިނެޓް މިނިސްޓރުންގެ އިތުރުން ސްޓޭޓް މިނިސްޓަރުން ވެސް ތިއްބެވެ. އެކަމަކު ފަނޑިޔާރު މަނިކުފާނާއި ބަންޑާރަ ނައިބުން ކެބިނެޓަކު ނުހިމެނެއެވެ. ސެނެޓްގެ މެންބަރުންގެ ގޮތުގައި ހަތަރު އަންހެނުން ވެސް ހިމެނެއެވެ. މީގެ ކުރިން ރާއްޖޭގައި އަންހެނުން މިފަދަ މަގާމުތަކުގައެއް ނުތިބެއެވެ. މިއީ ޖުމްހޫރިއްޔަތާ ގުޅިގެން ކުއްލިއަކަށް އައި ވަރަށް ބޮޑު ބަދަލެކެވެ.

ޖުމްހޫރީ ނިޒާމް ގާއިމުކުރަން ހަމަޖެހުމާ ގުޅިގެން އާ ގާނޫނުއަސާސީއެއް ފާސް ކުރިއެވެ. މި ގާނޫނުއަސާސީއަކީ ވެސް ވަރަށް ތަފާތު ބޮޑު ގާނޫނުއަސާސީއެކެވެ. 30 މާއްދާގެ މައްޗަށް އެކުލެވޭ މިގާނޫނުއަސާސީގައި ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެއްގޮތަކަށް ވެސް ނެތެވެ. މިގާނޫނުއަސާސީގެ މައިގަނޑު ބައިތަކަށް ބަލާއިރު ފެންނަނީ ވަލިއްޔުލް އަމްރުގެ ވާހަކައާއި އޭނައިގެ ނައިބުގެ ވާހަކައާއި ވުޒާރާއާއި ވަޒީރުންގެ ވާހަކައެވެ. ރައްޔިތުންގެ މަޖުލީހުގެ ދެ ގޭގެ (ރައްޔިތުންގެއާއި ސެނެޓްގެ) ވާހަކައެވެ. (ޢަބްދުﷲ ޒަމީރު.1998). މިގާނޫނު އަސާސީގެ ދަށުން ތަފާތު ގާނޫނުތަކާއި ގަވާއިދުތައް ހަދައި ފާސްކުރެވުނެވެ. މީގެ ތެރޭން ބައެއް ގާނޫނުތަކަކީ އޭރު ދިވެހިން ތިބި ހާލަތުން ބަލައިގަންނަން އުނަގޫ ގާނޫނުތަކަކަށް ވިއެވެ. މީގެ ތެރޭން އެންމެ ފާހަގަ ކޮށްލެވެނީ ދުންފަތާ ބެހޭ ގާނޫނެވެ. މިގާނޫނު ފާސްވުމުން ދުންފަތް އެތެރެކުރުމާއި ބޭނުން ކުރުން މަނާވިއެވެ. އުތުރު ގަޑުބަޑޭ ކިޔާ ހަރަކާތް އުފެދުމުގެ އަސްލަކަށް ވަނީ މިގާނޫނުކަމަށް ތާރީޚް ލިޔާމީހުންގެ ލިޔުންތަކުން ފެނެއެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ އުތުރު ގަޑުބަޑުގެ މީހުން އައީ ހަމައެކަނި މިގާނޫނާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުމެއްގައި ނޫންކަމެވެ. އޭގެ އިތުރަށް އޭރު ކުރިމަތިވެފައިވާ ތަދުމަޑުކަމުން ސަލާމަތް ކޮށްދިނުމަށް އެކަށީގެންވާ ކަންތައްތަކެއް ސަރުކާރުން ކޮށްދޭކަމަށް ނުފެންނާތީ، އެމީހުންނަށް ދަތިވެފައިވާ ކަންތައްތަކެއް ސަރުކާރަށް ދެންނެވުމުގެ ބޭނުމުގައިވެސް މެއެވެ. މިހިސާބުން ޖުމްހޫރީ ނިޒާމުގެ ފުރަތަމަ ރައީސްގެ ހިންގުތެރިކަމާމެދު ދިވެހިންގެ ހިތްތަކުގައި ޝައްކު އުފެދި ނުރުހުމުގެ ޝުއޫރުތައް ހިނގަންފެށިއެވެ. ތަދުމަޑުކަމުން ސަލާމަތް ވެވޭނެ ގޮތެއް ނުފެނި ގިނަދުވަސް ވަމުން ދިޔަ ވަރަކަށް މި ނުރުހުންތެރިކަން ދިޔައީ އިތުރުވަމުންނެވެ.

 

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނުތާ އެންމެ ހަތް މަހާއި ވިހި ދުވަހުން އެ ޖުމްހޫރިއްޔާ އުވާލަން ޖެހޭނީ ކޮންމެވެސް ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލު ކުރެވެއެވެ. ބައެއް ލިޔުންތެރިން ދެކޭ ގޮތުގައި ޖުމްހޫރީ ނިޒާމް އުވާލަން ޖެހުނީ އެނިޒާމަކީ ކޮންކަހަލަ ނިޒާމެއްކަން ރައްޔިތުންނަށް ނޭގޭތީއެވެ. ކޮންމެއަކަސް މިބައިގައި މިހުށައަޅާލަނީ ޖުމްހޫރީ ނިޒާމް އުވާލަން މެދުވެރިވި ސަބަބުތައް ކަމަށް ބެލެވޭ ސަބަބުތަކެވެ.

ޢަބްދުލް ޙަކީމް ޙުސައިންމަނިކު.(1997) ހާމަކުރާ ގޮތުގައި އަމީނުގެ ސިއްހީ ހާލުކޮޅަކަށް ޓަކައި ބޭސްފަރުވާއަކަށް ސިލޯނަށް ވަޑައިގަތް ވަގުތުގެ ބޭނުން ހިފައި ވެރިކަމުގައި ތިއްބެވި ބޮޑުންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު، ވަރުގަދަ ރޭވުމެއްގެ މަތީން، ނާއިބުރައީސް ( ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ) އިސްރޯލެއް އަދާކުރައްވާ އިންގިލާބު ގެންނެވީއެވެ. ... ރައްޔިތުންގެ ނުރުހުމާއި ރުޅި އިންތިހާއަށް ދިޔަ ތަންވަޅުގައި އަމީނުދީދީގެ ގައިކޮޅަށް އަރައިގަތުމުގެ ފުރުސަތު ރައްޔިތުނަށް ތަނަވަސްކޮށް ދިނީއެވެ. މިބުނުމާ މެދު ވިސްނާލާއިރު ފާހަގަކުރެވޭ ކަމަކީ ރައްޔިތުން އިންތިހާއަށް ލޯބިވާ ވެރިޔަކާ ދެކޮޅަށް އެފަދަ ބޮޑުކަމަކައިގެން ތެދުވާނީ އޭނާގެ ފަރާތުން ރައްޔިތުންނަށް ކަބޫލުކުރަން ދަތި ކަންތައްތަކެއް ފެނިފައިވާތީއެވެ.

ޢަބްދުﷲ ޒަމީރު.(1998) ހާމަކުރާ ގޮތުގައި ޖުމްހޫރިއްޔަތާ ގުޅިގެން އުފެދެމުން ދިޔަ ގާނޫނުތަކާއި މުއައްސަސާތައް ގަބޫލު ކުރެވޭ ފަދަ ފެންވަރެއް އޭރުގެ ރައްޔިތުންގެ ކިބައިގައި ނެތުމާއި ޖުމްހޫރީ ނިޒާމު ފުރިހަމަކުރުމަށް ގެންގުޅުނު އަވަސް ސްޕީޑަކީ ވެސް މިނިޒާމު އުވެންމެދުވެރިވި ސަބަބެކެވެ. މިއީ ވެދާނެ ގޮތެއް ކަމަށް ގަބޫލު ކުރެވެއެވެ. އެހެނީ އޭރު ރާއްޖޭގެ ތައުލީމީ ހާލަތު ވަރަށް ދަށެވެ. ހޭލުންތެރިކަން އެހާ ކުޑައެވެ. ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް އެހާ ދަށެވެ. ބޭސްފަރުވާގެ ކަންތައްތައްވެސް އެހާ ދަށެވެ. ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައްވެސް ފުއްދާ ނުލެވެއެވެ. ކާބޯތަކެއްޗެއް ނުލިބެއެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ އަށެއްކަ އަހަރުވިއަސް ހަނގުރާމައިގެ ދުވަސްވަރެކޭ - ތަދުމަޑުކަމުގެ ގޮތުން- ތަފާތެއް ނެތެވެ.
 
މިކަންތައްތައް ހުރީ މިފަދަ ގޮތަކަށް ކަމުގައި ވިއަސް ޖުމްހޫރީ ނިޒާމާ ގުޅިގެން އާ ކަންތައްތަކެއް ތައާރަފު ކުރެވެމުން ދިޔައެވެ. ބައެއް ކަންތައްތަކަކީ ދިވެހިންގެ އޭރުގެ ގަބޫލުކުރުންތަކާއި އާދަކާދައާ ފުށުއަރާ ކަންތައްތަކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ އަންހެނުން ވަޒީފާތަކަށް ނެރެން ފެށުމެވެ. އިންތިހާބުތަކުގައި އަންހެނުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ނެތްނަމަވެސް، ރައްޔިތުންގެ ކަންކަން ނިންމާ ރައްޔިތުންގެ މަޖުލީހުގައި އަންހެން މެންބަރުން ތިއްބެވެ. ރައީސްގެ ޕްރައިވެޓް ސެކްރެޓަރީންނަށް ވެސް ތިބެނީ ޒުވާން އަންހެނުންނެވެ. އަންހެނުންގެ ރީތީގެ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވިއެވެ. މިފަދަ ކަންތައްތަކަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ނުހިމެނޭ ކަންތައްތަކަކަށް ވުމުން މިއީ ދިވެހިންނަށް ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. މިކަމުންވެސް ބައެއް ދިވެހިންގެ ހިތުގައި ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް އުފެދުނެވެ. 

ކުރިންވެސް ދެންނެވިފަދައިން ޖުމްހޫރީ ނިޒާމު ގާއިމު ކުރުމާ ގުޅިގެން ހެދުނު ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ އެއްޗެއްސެއް ނޫނެވެ. މިގޮތުން ދުންފަތް މަނާކުރުމުގެ ގާނޫނު މިއީ އެންމެ ފާހަގަ ކުރެވޭ އެއް ގާނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ނަމަވެސް ދިވެހިން އެކަމަށް އާދަވެފައިވަނީ ކުއްލިއަކަށް އެކަން ހުއްޓާލެވޭ ވަރަކަށް ނޫނެވެ. މިކަން މިހެން އޮއްވާ އެކަމުގެ ހޭލުންތެރިކަމެއް ނެތް ބަޔަކަށް، ކުއްލިއަކަށް އެކަން މަނާކުރުން ވެގެން ދިޔައީ ބަނޑުހައި ހޫނުކަމުގައި ތިބި ރައްޔިތުންގެ ހިތުގައި އިތުރަށް ނަފުރަތު އުފެދުނު ކަމަކަށެވެ. މިކަހަލަ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ދިޔައީ އުނދަގޫތަކާ ކުރިމަތިވަމުންނެވެ. މިހެންވުމުން ޖުމްހޫރީ ނިޒާމަކީ ރައްޔިތުންނަށް ޓަކައި ރައްޔިތުން ހިންގާ، ރައްޔިތުންގެ ވެރިކަމަކަށް ވިޔަސް، ރައްޔިތުންނަށް ޖުމްހޫރީ ނިޒާމު ގަބޫލު ކުރެވޭ ގޮތެއް ނުވިއެވެ. (ޢަބްދުﷲ ޒަމީރު.1998). އެމީޙުންނަށް ފެނުނީ އެނިޒާމުގެ އުނިކަންތައްތަކެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވީ 1953 އޯގަސްޓް 21 ވީ ހުކުރު ދުވަހު ރައްޔިތުން ނުކުމެ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވާލުމެވެ. އެދުވަހު ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން ނިކުމެ އެހިންގި އަމަލަކީ ޖުމްހޫރީ ނިޒާމާއެކު ތައާރަފުކުރެވުނު އާ ކަންތައްތައް ރައްޔިތުންނަށް ބަލައިނުގަނެވުމުގެ ސަބަބުން ހިނގި ކަމެކެވެ.

 

މަތީގައި ބަޔާންކުރެވުނު ކަންތައްތަކުން އެނގުނު ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ސަރުކާރެއް އުފެދުނީ ރައްޔިތުން ޖުމްހޫރީ ވެރިކަމެއް ބޭނުންވެގެން ކުރެވުނު މަސައްކަތަކުން ނޫންކަމެވެ. އަދި ޖުމްހޫރިއްޔަތަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ ފުރިހަމަ ވެރިކަމުގެ ނިޒާމްކަން އެނގިގެނެއްވެސް ނޫންކަމެވެ. އެދުވަސްވަރު ވެރިކަމަށް އެންމެ އެކަށޭނަ މީހަކީ މުޙައްމަދު އަމީނުކަމށް ރައްޔިތުން ދެކޭތީ އޭނާއަށް ވެރިކަން ދޭން ބޭނުންވެގެން ކަމެވެ. އެއީ މުޙައްމަދު އަމީން ވެރިއަކަށް ވާން އެއްބަސްވިއަސް ރަސްކަލަކަށް ހުންނަން ގަބޫލު ނުވީތީއެވެ. މުޙައްމަދު އަމީނު ބޭނުންވީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އޮންނަން ކަމަށް ވީތީއެވެ.

ހަމަ އެފަދައިން ޖުމްހޫރީ ސަރުކާރު އުވާލީ އޭރު އިސްކޮށް ތިބި މީހުން ވެރިކަން ބޭނުންވެގެންނެއް ނޫނެވެ. ނުވަތަ ވެރިކަން ބޭނުންވެގެން ޖުމްހޫރީ ނިޒާމުގެ އުނިސިފަތައް ރައްޔިތުންނަށް ކިޔައިދީ، ނިޒާމު ކަމުނުދާކަމަށް ރައްޔިތުންނަށް ވިސްނައިދީގެނެއްވެސް ނުމެނޫންމެއެވެ. އެއާ ޚިލާފަށް ރައްޔިތުންނަށް ތަހައްމަލު ކުރަން ދަތި އުނދަގޫ ތަކަކާ ކުރިމަތިވުމުންނެވެ. އެމީހުންނަށް ބަލައިގަންނަށް އުނދަގޫ އާ ކަންތައްތަކެއް، ކުއްލިއަކަށް ތައާރަފް ކުރުމުންނެވެ. އެކަންކަމާ ގުޅުގެން ރައްޔިތުންގެ ހިތުގައި އުފެދުނު ނުރުހުންތެރިކަމެއްގެ ސަބަބުންނެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރު ނުކުޅެދުމުންނެވެ. 

ވީމާ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީވެސް އަދި އުވާލެވުނީވެސް ރައްޔިތުންނަށް ޖުމްހޫރިއްޔަތަކީ ކޮންއެއްޗެއް ކަން ނޭނގިގެނެއް ނޫނެވެ. ޖުމްހޫރިއްޔަތު ގެނައި އިރުވެސް ޖުމްހޫރީ ނިޒާމަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. އަދި އުވާލިއިރުވެސް ޖުމްހޫރިއްޔަތަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. އެމީހުން ޖުމްހޫރީ ސަރުކާރު އުވާލީ ޖުމްހޫރީ ނިޒާމުގައި މައްސަލަހުރެގެނެއް ނޫނެވެ. އެނިޒާމުގެ ދަށުން އުފެދުނު ސަރުކާރަށް ރައްޔިތުންގެ އިހްސާސްތައް ނުވިސްނުމުން ރައްޔިތުންނަށް ތަހައްމަލު ކުރަން ޖެހުނު ތަދުމަޑުކަމާއި ދަތިތަކެއް ހައްލު ނުކުރެވުމުގެ ސަބަބުންނެވެ.




#Article 64: ފައިންޑިންގ ނީމޯ (637 words)


ފައިންޑިންގ ނީމޯ އަކީ [ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް] އިން ތައްޔާރު ކޮށް ފައިވާ ކޮމްޕިޔުޓަރ އެނިމޭޓެޑް ކާރޓޫނު ފިލްމެކެވެ. މިކާރޓޫނު ތިއޭޓަރުތަކަށް ނެރެފައިވަނީ [ވޯލްޓް ޑިސްނީ ޕިކްޗާރސް] އާއި [ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަން] އާއި ގުޅިގެންނެވެ. މިފިލްމު އެމެރިކާ/ކެނެޑާގައި ރިލީޒް ކުރެވިފައިވަނީ 30 މެއި 2003 ގައެވެ. އޮސްޓްރޭލިޔާގައި ރިލީޒް ކުރެވުނީ 28 އޯގަސްޓް 2003 ގައެވެ. އަދި ޔޫކޭ ގައި ރިލީޒް ކުރެވުނީ 10 އޮކްޓޯބަރ 2003 ގައެވެ. މިއީ ޑިސްނީ އާއި ޕިކްސަރ ގުޅިގެން އުފެއްދި މިފަދަ ފަސްވަނަ ފިލްމެވެ. އަދި ހަމައެހެންމެ އެއަހަރުގެ ހޫނު މޫސުމުގައި ނެރެވުނު ފުރތަމަ ފިލްމުވެސް މެއެވެ.

މިފިލްމުގައި ދައްކުވައިދޭނީ އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް (Great Barrier Reef) ގައި ދިރިއުޅޭ އަނބި މަރުވެފައިވާ މާރލިން ނަމަކަށް ކިޔާ ކްލައުން ފިޝް އެއްގެ ވާހަކައެވެ. މާރލިންގެ ބަޔަށް އަޑު އަޅައިފައިވަނީ އެލްބަރޓް ބްރުކްސް އެވެ. މާރލިން ގެ އަންހެނުން، ކޯރަލް އާއި ނީމޯ ފިޔަވައި ހުރިހާ ދަރިންނެއް ވަނީ ބަރަކޫޑަރ ހަމަލައެއްގައި މަރުވެފައެވެ. ކޮރަލްގެ ބަޔަށް އަޑު އަޅާފައިވަނީ އެލިޒެބަތް ޕާރކިންސް އެވެ. 

ބަރަކޫޑާ ހަމަލާ އެއްގައި ނީމޯ ފިޔަވައި މާރލިންގެ ހުރިހާ ދަރިންނަކާއި އަންހެނުނ، ކޮރަލް (އެލިޒަބަތް ޕާރކިންސް) ވަނީ މަރުވެފައެވެ. އެހެންކަމުން ނީމޯ އަށް ދިމާވާ ކޮންމެ ނުރައްކަލަކުން އޭނާ ސަލާމަތްކުރުމަކީ މާރލިންގެ ވާކިބެއްކަމަށް އޭނާ ދެކެއެވެ. ނީމޯގެ އުފެދުމުގައިވެސް އެއް Fin އަނެއް Fin އަށް ވުރެ ކުޑަވާނެއެވެ. ނީމޯ އެއްވެސްކަމެއް ވިޔަ ނުދޭނެކަމަށް މަރލިން ވައުދުވެފައިވާތީ އަބަދުވެސް ކަނޑުގެ ނުރައްކާތެރިކަން ނީމޯއަށް ކިޔައިދެއެވެ. މިސްޓަރ ރޭއި (ބޮބް ޕީޓަރސަން) ގެ ސްކޫލްގެ ފުރަތަމަ ދުވަހެވެ. ރޭއި ގެ ކުލާސް އެދުވަހުދަނީ ފަރުގެ ނިމޭ ހިސާބަށެވެ. އެމީހުން އެ ދަނީ ފަރުގެ ނިމޭ ހިސާބަށްކަންް މާރލިން އަށް އެނގުމުން އެކަމާ މާރލިން ވަރަށް ކަންބޮނޑުވެއެވެ. އަދި އެމީހުންގެ ފަހަތުން ދެއެވެ. ނީމޯ އޭނާގެ ކުލާސް ކުދިންގެ ކޮޅަކާއި އެކު ފަރުގެ އެންމެ އެކޮޅަށް ދެއެވެ. އަދި އެކުދިންނަށް ނަގިލި އަޅާފައިވާ ބޮޑޮ ބޯޓެއް މާކަނޑާއި ދިމާލުން ފެނެއެވެ. އެކުދިންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް އަނެއް ކުއްޖަކަށް ވުރެ ބޯޓާއި ކައިރި ވާން ނުކެރޭން ކަމަށް ބުނިއެވެ. އެހެންކަމުން ނީމޯ ބޯޓުގައި އަތްލަން ނިންމައެވެ. އެހެނީ އޭނާ އަށް ވުރެ ދުރަށް ދެވޭނެ އެހެން ކުއްޖަކު އެތާ ނެތްކަން ނީމޯ އަށް އެނގޭތީއެވެ. އެވަގުތު މާރލިން އެތަނަށް އައިސް ނީމޯ އަދި ސްކޫލަކަށް ދާން ތައްޔާރު ނުވާ ކަމަށް ބުނެއެވެ. މާރލިން މިހެން ބުނުމުން ނީމޯ އަށް ވަރަށް އުނދަގޫވިއެވެ. އަދި ބޯޓުގައި އަތްލުމުގެ ނިޔަތުގައި މާސިންގާ ކަނޑާއި ދިމާލަށް ނީމޯ މިސްރާބުޖަހައެވެ. އަދި މިނިވަންކަމާއެކީ އެހާ ހިސާބަށް ގޮސް ބޯޓުގައި އަތްލައެވެ. އަދި އެނބުރި ފަރާއި ދިމާލަށް އަންނަން ފެށިއެވެ. މާރލިން އެބުނީ ތެދެކެވެ. ނީމޯ އަދި ސްކޫލަކަށް ދާވަރެއް ނުވެއެވެ. ނީމޯ އަށް އަޅާނުލައި ދުއްކޮށްލާ ވަރެއް ނުވެއެވެ. ސްކޫބާ ޑައިވް ކުރަން އުޅޭ ދަތުގެ ޑޮކްޓަރަކަށް ނީމޯ ފެނެއެވެ. އަދި މަސް ހިފާ ދާގަނޑަކުން އޭނާ ނީމޯ ހިފައެވެ. ކޮރަކލް މަރުވިފަހުން ފަރުން ބޭރަށް ނުދާ މާރލިން އެބޯޓު ފަހަތުން ފަތާފައި ދެއެވެ. އެހެންނަމަވެސް ބޯޓުގެ ބާރުމިނާއި އެއްވަރަކަށް މާރލިން އަކަށް ނުފެތުނެވެ. އަދި މާރލިންގެ މިސްރީބުން އެބޯޓު ގެއްލެއެވެ. މާރލިން މިހެން އުޅުމުގެ ތެރޭގައި ޑޯރީ ނަމަކަށްކިޔާ (އެލެން ޑި ޖީނިއަރސް)، (A Blue Tang) މަހަކާއި ދިމާވެއެވެ. އަދި މާގިނައިރުތަކެއް ނުވެ އެހެން ބޯޓެއް ދިޔަކަމަށް ޑޯރީ ބުނެއެވެ. އަދި ޑޯރީގެ ފަހަތުން މާރލިން ފަތާފައި ދާން ފެށިއެވެ. އެހެންނަމަވެސް އިރުކޮޅަކުން ޑޯރީ އޭނާގެ މިސްރާބު ބަދަލު ކޮށް އެކި ގޮތް ގޮތަށް ފަތަންފެށިއެވެ. އަދި އޭނާ އާއި މާރލިން އަރާ ހަމަވުމުން، ޑޯރީގެ ފަހަތުން ނުދިއުމަށް އެދުނެވެ. ޑޯރީ އަކީ ކައިރި މުސްތަގުބަލުގައި ވެފައި ހުންނަ ކަންތައް ވަރަށް އަވަހަށް ހަނދާންނެތޭ މަހެކެވެ. ޑޯރީގެ ފަހަތުން ދިޔަ އަސް އެކަމުން ކުރާނެ އެއްވެސް ފާއިދާ އެއް ނެތް ކަން މާރލިން އަށް އެނގެއެވެ. އެހެންކަމުން އޭނާ އަމިއްލައަށް ނީމޯ ހޯދުމުގެ މަސައްކަތް ކުރާނީ ކަމަށް ގަސްދުކޮށް، މާރލިން ޑޯރީ ދޫކޮށްފައި ދެއެވެ. އެހެންނަމަވެސް ޑޯރީ މިފަހަރު މާރލިންގެ ފަހަތުން ދެއެވެ. އަދި ނީމޯ ހޯދުމުގައި އެހީ ވާނެކަމަށް ބުނެއެވެ. މިހެން ދަނިކޮށް އެމީހުންނާއި ދިމާ ވަނީ Great White Shark ، ބްރޫސް އާއި އެވެ. ބްރޫސްގެ ބަޔަށް އަޑު އަޅާފައިވަނީ ބެރީ ހަމްފްރީސް އެވެ. އަދި Mine Field އެއް ވަށައިގެންވާ އަޑިއަށް ފެތިފަިވާ ބޯޓަކަށް، މާރލިން އާއި ޑޯރީ އަށް ޕާރޓީ އަކަށް ދައުވަތުދެއެވެ. އަދި މިމީހުން ބްރޫސް އާއި އެއްކޮށް ދެއެވެ. އަދި މިތާ ތެރޭގައި އުޅެނިކޮށް މާރލިން އަށް ޑައިވިންގ އަށް ދާ އިރު އަޅާ މޫނުމަތިގަނޑެއް ފެނެއެވެ. މިމަތިގަނޑަކީ ނީމޯ ހިފި މީހާ ބޯޓު ދުއްވާލުމުން އެ ބޯތުން ވެއްޓުނު މޫނު މަތިގަނޑެވެ. ލިބުނު އުފާވެރިކަމެއްގެ ސަބަބުން މާރލިން ޑޯރީގެ ނޭފަތްމަތީގައި ޖެހުމުން، ޑޯރީގެ ނޭފަތުން ލޭ އަންނަ ގޮތް މެދުވެރިވެއެވެ. ލޭގެ ވަސް ބްރޫސްގެ ނޭފަތުގައި ޖެހުމުން ބްރޫސް ޑޯރީ ކާލަން ބޭނުންވެއެވެ. އަދި މުޅި ހިސާބުގައި ޑޯރީ އާއި މާރލިން ފަހާ އތުލަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ބްރޫސްގެ އަނެއް ދެ އެކުވެރިން ބްރޫސް އަށް ވިސްނަ ދެވޭތޯ ބެލިއެވެ. އެންމަސްތަކަކީ ކާނާ ނޫން ކަމުގައްޔާއި އެއީ އެކުވެރިން ކަމުގައި ބުނިއެވެ. ކާނާ މިހެން ބްރޫސް އަށް އިވުމުން ބްރޫސް މާބޮޑަށް މޮޔަވެއެވެ. ޑޯރީ އަށް ލިޔެފައި ހުންނަ އެއްޗެހި ކިޔަން އެނގެ އޭ ބުނުމުން މާރލިން އޭނާ ގާތު އ މޫނުމަތީގައި ލިޔެފައިވާ އެއްޗެއް ކިޔުމަށް ބުނެއެވެ. އެހެން ނަމަވެސް ބްރޫސް އާއި ހެދި ޑޯރީ އަކަށް އޭގައި ލިޔެފައިވާ އެއްޗެއް ކިޔާނެ ފުރުސަތެއް ނުލިބުނެވެ. އަދި މިހެން ބްރޫސް ޑޯރީ އާއި މާރލިން އަތުލެވޭތޯ އުޅެނިކޮށް އޭނާ އަށް ކުރެވޭ ކަމަކުން Mine Field ގޮވައެވެ. 

Additional voices provided by Jeff Pidgeon, Jessie Flower, Aaron Fors, Leland Grossman, Bradley Trevor Greive, Jess Harnell and Marc John Jefferies

މި ކާރޓޫނު ފިލްމު ވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާސިލް ކޮށް ފައެވެ. މީގެ އިތުރަށް :




#Article 65: ފަސީ (255 words)


އަޙްމަދު ފަސީޙު، އާއްމުކޮށް ކިޔާ ނަމުންނަމަ ފަސީ އަކީ މިއުޒިކީ އާއިލާ އަކަށް އުފަން ދިވެހި ރައްޔިތެކެވެ. އެނގިފައިވާ މަޢުލޫމާތުން އަޅުގަނޑުމެންނަށް އެނގެނީ ފަސީގެ ފުރަތަމަ ގިޓާރ ފިލާވަޅު ނަގައިފައިވަނީ މީނާގެ އުމުރުން ހަމަ އެންމެ 4 އަހަރުގައިކަމެވެ. ފަސީގެ މިޔުޒިކީ ހަޔާތުގެ ފެށުންކަމުގައި ބެލެވެނީ މީނާގެ މަދަރުސީ ހަޔާތުގައި ގިޓާ ކުޅުމުގެ ރޮނގުންނާއި ލަވަކިޔުމުގެ ރޮނގުން ލިބިފައިވާ ފާހަނަގަ ކޮށްލެވޭ ކާމިޔާބީ ތަކެވެ. މަދަރުސީ ދަޢުރު ނިމިގެން އައި ދުވަސްވަރު ފަސީ އަށް އެންމެ ސަމާލުކަމެއް ދެވުނީ ހެވީ މެޓަލް މިޔުޒިކަށް ކަމުގައިވެއެވެ. 

ދިވެހި ޒުވާނުންގެ މެދުގައި ހެވީ މެޓަލް އާއި ރޮކް މިޔުޒިކް މަޝްހޫރު ކޮށް ދިން ޒުވާނަކީ ފަސީ އޭ ބުންޏަސް އެ ވާހަކަ ދޮގު ކުރާނެ މީހަކު ހުންނާނެ ކަމަށް އަޅުގަނޑު ނުދެކެމެވެ. ދިވެހި ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ރޮކް މިޔުޒިކް ޝޯވ، ޕެއިންޓެޑް ސައުންޑް އިލޫޝަން (Painted Sound Illusion) ރާވައި އިންތިޒާމް ކޮށްފައި ވަނީ ވެސް ފަސީއެވެ.  އަޙްމަދު ފަސީޙް އަކީ  ދިވެހި ޒުވާނުންގެ މެދުގައި ނަމޫނާ އެއް ކަމުގައި ބެލެވޭ ލާމަސީލު ޒުވާނެކެވެ.

ފަސީގެ ހަޔާތުގައި އެއްމެ ފާހަނގަ ކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެނީ ލަންޑަން ގައި ބޭއްވުނު އެމަރޖެންޒަރ ފެސްޓިވަލް (Emergenza festival ) ގައި ފެބްރުއަރީ 2006ގައި އޭނާ ކުޅުނު ޝޯވ އެވެ.

ފަސީގެ ބޭންޑް އުފެދިފައިވަނީ 2004 ގަ މެލޭޝިޔާ ގައެވެ. ފަސީ، ބެންޑުގެ އެންމެ މައި މީހާ ވަނީ މީގެ ކުރީގައި އެތަށް ބޭންޑަކަށް ކުޅެދީފައެވެ. އައްޑިހައިގެ އަހަރު ތަކު ގައި ފަސީ ސްކޫލުން ފަށައިގެންނެވެ. އޭރަށް ފަހު ދިވެހިރާއްޖޭގެ އެތަށް ބޭންޑަކާއި އެއްކޮށް އެކި ބާވަތުގެ މިއުޒިކު ވަނީ ކުޅެފައެވެ.

ފަސީގެ ތިންވަނަ އަލްބަމް، ކްރޫސިންގ ނެރުނީ މެލޭޝިޔާގެ މައްޝޫރު ކުލަބެއް ކަމުގައި ވާ ބެކްޔާޑް ޕަބުގައެވެ. އޭރު ބޭސް ކުޅުނީ އައްޔަ އެވެ. އަދި ޑްރަމްސް ކުޅުނީ އިއްބެ އެވެ. މިއަށް ފަހު މިބޭންޑް ވަރަށް ގިނަ ތަންތާގައި ކުޅެން ފަށިއެވެ. ޝޮޕިންގ މޯލް ތަކުގަޔާއި ޕަވާރ ރިކޯޑް އައުޓުލެޓް ތަކުގަޔާއި މައްޝޫރު ޕަބް ތަކުގަޔާއި އެކި އެކި މިއުޒިކް ފެސްޓިވަލް ތަކުގައެވެ.

މިހާރު ފަސީގެ ބޭންޑުގައި ތިބެނީ އިލްސައިޓުގެ ކުރީގެ ބޭސް ކުޅުންތެރިޔާ، އައްޑޮ، އާއި ޑްރަމަރަކަށް އިއްބެ އަދި ފަސީއެވެ. މިބޭންޑަށް މިހާރު ކިޔަނީ ފަސީ ލައިވް އެވެ.

މިޒުވާން ފަންނާނު އިޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ އިލްސައިޓް ނަމަކަށް ކިއުނު ބޭންޑުންނެވެ. މީނާ އަކީ އެބޭންޑުގެ ބޭސް ގިޓަލިސްޓެވެ.




#Article 66: އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ (410 words)


އެވެޓާރ - ދަ ލާސްޓް އެއަރ ބެންޑަރ އަކީ މަޝްހޫރު ޓީވީ ސިލްސިލާ ކާރޓޫނަކަށް ދެވިފައިވާ ނަމެކެވެ. ބައެއް ޤައުމުތަކުގައި މިކާރޓޫނު މަޝްހޫރުވެފައިވަނޫ އެވެޓާރ – ދަ ލެޖެންޑް އޮފް އޭންގ ގެ ނަމުންނެވެ. މިކާރޓޫނު ދައްކަމުން އަންނަނީ ޓީވީ ޗެނެލް ނިކޮލޯޑިއަން އިންނެވެ.
މި ކާރޓޫނުގައި ފެނިގެން ދާނީ ޖާދުލާއި ތަޅާ ފޮޅުމުގެ ޚިޔާލީ ދުނިޔެ އެއްގައި ބައިބައިވެފައިވާ 4 ޤައުމުގެ ތެރެއިން ފަޔާރ ނޭޝަން ގެ އަތްދަށުން ބާކީ އޮތް ދެޤައުމު ސަލާމަތް ކުރުމަށް އޭންގ ނަމަކަށް ކިޔާ 12 އަހަރުގެ ފިރިހެން ކުއްޖަކު ކުރާ މަސައްކަތެވެ. މި 12 އަހަރުގެ ފިރިހެން ކުއްޖަކީ އެވެޓާރ އެވެ. އަދި އޭންގ ގެ މިމަސައްކަތުގައި އޭނާގެ އެކުވެރިން ސޮކާ، ކެޓާރާ، ޓޯފް އަދި އޭންގ ގެ އެކުވެރި ދެ ޖަނަވާރުން ވާ އެހީ އެވެ.

މިކާރޓޫނު ލިޔެފައިވަނީ ފޮތެއްގެ ބައިތަކެއްގެ މައްޝަށެވެ. މިގޮތުން ކޮންމެ ބަޔަކީ ޗެޕްޓާރ އެކެވެ. އަދި ކޮންމެ ސީޒަނަކީ ފޮތެކެވެ. މިގޮތުން ފުރަތަމަ ސީޒަނަށް ދެވިފައިވާ ނަމަކީ ބުކް ވަން - ވޯޓާރ އެވެ. ނުވަތަ ފުރަތަމަ ފޮތް – ވޯޓާރ އެވެ. މިކާރޓޫނު އެންމެ ފުރަތަމަ ދައްކަން ފެށުނީ 2004 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

މިޝޯވ އުފައްދައި ތައްޔާރު ކުރީ މައިކަލް ޑޭންޓް ޑި މާރޓިނޯ އަދި ބްރަޔަން ކޮނިއެޓްޒްކޯ އެވެ. ނިކް ޓޫންސް ލައިން އަޕް ގައި މިކާރޓޫނަށް ވަރަށް ރަނގަޅު މަޤާމެއް ލިބިފައިވެއެވެ. އަދި ހަމައެހެންމެ ބެލުންތެރިންގެ މެދުގައިޔާއި ފާޑުކިޔާ ފަރާތްތަކުގެ މެދުގައި މިކާރޓޫނު ވަނީ މަޤްބޫލު ޝޯވ އަކަށް ވެފައެވެ.

މިސިލްސިލާގެ ކާމިޔާބުކަމާއި ހެދި ނިކޮލޯޑިއަން އަށް މަޖްބޫރުވީ މިސިލްސިލާގެ ދެވަނަ ސީޒަނެއް އުފެއްދުމަށެވެ. އަދި މިސިލްސިލާގެ 3 ވަނަ ސީޒަނެއް 2007 ވަނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ.

މިކާރޓޫނގެ ސިލްސިލާގެ އިތުރަށް ހުރިހާ އެޕިސޯޑްގެ މައްޗަށް ހިމެނޭ 6 ޑީވީޑީގެ ސެޓެއް،

މިކާރޓޫނުގައި ދައްކުވައިދޭ މުހިންމު ޝަހްސިއްޔަތުތައް ފެނިގެންދާނީ އިންސާނުންގެ ގޮތުގައެވެ. މިގޮތުން ފެނިގެންދާ މުހިންމު ޝަހްސިއްޔަތު ތަކުގެ ތެރޭގައި:
އޭންގ ގެ ބަޔަށް އަޑު އަޅާފައިވަނީ މިޗެލް މަސޯއެވެ. އޭންގ އަކީ މަޖާ ކުރުމަށް ލޯބި ކުރާ 12 އަހަރުގެ ކުއްޖެކެވެ. (މީގެ އިތުރަށް އޭންގ 100 އަހަރު ގަނޑުފެންގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތެވެ. ނޭވާ ނުލެވި، ހިތް ހުއްޓިފައެވެ. އހެން ނަމަވެސް މަރު ނުވެއެވެ.) އޭންގ އަކީ އެވެޓާރ ކަން އެނގުމުން އޭނާ 4 އެލެމެންޓް ދަސް ކުރަން ޖެހޭ ކަން އެނގެއެވެ. މިގޮތުން ވިއްސާރަ ރެއެއްގައި އޭންގ ގެ އުދުހޭ ޖަނާވާރާއި އެއްކޮށް ނިކުމެ އުޅެނިކޮށް މޫދަށް ވެއްޓި ގަނޑުވެއެވެ. މިގޮތުން މިގޮތުގައި 100 އަހަރު ތާށިވެފައި ވަނިކޮށް އޭންގ ސަލާމަތްވަނީ ކެޓާރާ އަދި ސޮކާ އާއި ހެދިއެވެ.
ދުނިޔޭގައި ދަތުރުކޮށް އާ ކަންތައް ދަސްކުރުމަކީ އޭންގ ކުރާ ހިތްވާ ކަމެކެވެ. އެހެންނަމަވެސް އޭންގ ގެ މީހުން ނެތުމުގެ ސަބަބުން އެކަމުގެ އަސަރު އޭނާ އަށް ވަރަށް ކުރެ އެވެ. މިހިތާމަ އޭނާގެ ހިތުތެރެއިން ފޮހެވެނީ އޭންގ ކެޓާރާ ދެކެ ވާ ލޯތްބާއި ޓޯފް އާއި ސޮކާ އާއި ދެމެދު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމެވެ. އޭންގ އކީ އެއަރ ބެންޑާރ އިންގެ ތެރެއިން ދިރި ހުރި އެންމެ ފަހު އެއަރ ބެންޑާރ އެވެ. އަދި ހަމަ އެހެންމެ އެވެޓާރ ވެސް މެއެވެ. 

ކެޓާރާ (މޭ ވައިޓްމަން) - އަކީ ސަދާން ވޯޓާރ ޓްރައިބްގެ ދިރި ހުރި ހަމައެކަނި ވޯޓާރ ބެންޑާރ އެވެ. އޭންގ ގަނޑުފެންގަނޑު ތެރޭގައި ތާށިވެފައިވަނިކޮށް ފެންނަ ހަމައެކަނި ބަޔަކީ ވެސް ކެޓާރާ އާއި އޭނާގެ ބޭބެ ސޮކާ އަށެވެ. ބައިބައި ވެފައިވާ 4 ޤައުމު އެކަތިގަނޑަކަށް ހެދުމަށާއި ފަޔަރ ލޯޑް ބަލިކުރުމަށް އޭންގ ކުރާ ހަނގުރާމައިގައި އޭންގ އަށް އެހީވާ މީހުންގެ ތެރޭގައި އެންމެ ކުރީ ސަފުގައި މި ދެމީހުން ފައިތިލަ ސާބިތު ކޮށްގެން ތިބެއެވެ. މިކާރޓޫނުގެ ސީޒަން 2ގައި އޭނާ ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހަދައެވެ. މިގޮތުން އޭނާ ވޯޓާރ ބެންޑިންގ މާސްޓާރ އަކަށް ވެއެވެ.




#Article 67: ދި އިންކްރެޑިބްލްސް (975 words)


ދި އިންކްރެޑިބްލްސް () އަކީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އެނިމޭޓް ކޮށް ތައްޔާރު ކޮށްފައިވާ ކުޑަކުދިންގެ ކާރޓޫނު ފިލްމެކެވެ. މިކާރޓޫނުގެ ވާހަކަ ލިޔެ ތައްޔާރު ކުރީ ބްރެޑް ބާރޑް އެވެ. އެއީ ދަ ސިމްޕްސަންސް ގެ ކުރީގެ ޑައިރެކްޓަރ އެވެ. އަދި މަޝްހޫރު ކާރޓޫނު، ދި އަޔަން ޖަޔަންޓްގެ ޑައިރެކްޓަރ އޭ ބުނުމުން ގިނަބަޔަކަށް ބްރެޑް ބާރޑް އެނގޭނެއެވެ.
ވާރނރ ބްރޯސްގެ އެނިމޭޝަން ޑިވިޜަން ބަންދު ކުރުމުން ބްރެޑް ބާރޑް ޕިކްސަރ އަށް ބަދަލުވިއެވެ. އަދި ދި އިންކްރެޑިބްލްސް ގެ ވާހަކަ ވެސް އެނާ އާއި އެކު ގެންދިޔައެވެ. ދި އިންކްރެޑިބްލްސް އަކީ ޕިކްސަރ އިން ރިލީޒް ކުރި 6ވަނަ ފީޗަރ ފިލްމެވެ. މިފިލްމު އހަރެމެންނަށް ހަދިޔާ ކުރީ ވޯލްޓް ޑިޒްނީ ޕިކްޗަރސް އިންނެވެ. އަދި މިފިލްމު ރިލީޒް ކޮށް އަހަރެމެންނާ ހަމައަށް ގެނެސް ދިނީ ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަން އިންނެވެ. އެއީ 5 ނޮވެމްވަރ 2005 ގައި ނޯރތް އެމެރިކާ ގައެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްވަރ މަހުގެ 26 ވަނަ ދުވަހު ޔުނައިޓެޑް ކިންގޑޮމް އަދި ރިޕަބްލިކް އޮފް އަޔަރލޭންޑް ގައެވެ. އެމް.ޕީ.އޭ.އޭ ގެ ފަރާތުން ޕީ.ޖީ (PG) ގެ ގޮތުގައި ރެޖިސްޓަރ ކުރެވުނު ފުރަތަމަ ޕިކްސަރ ފިލްމަކީ ވެސް ދި އިންކްރެޑިބްލްސް އެވެ. 15 މާރޗް 2005 ގައު މި ކާރޓޫނު ރިލީޒް ކުރެވުނީ (ވައިޑް ސްކްރީން އަދި ފުލް ފްރޭމް ވާރޝަން ހިމެނޭ ގޮތަށް) ޑީވީޑީ 2 ސީޑީގެ ގޮތުގައެވެ. އިންޓަރނެޓް މޫވީ ޑާޓާބޭސް އިން ހާމަ ކުރާ ގޮތުގައި 2005ގައި އެންމެ ގިނަ އަދަދަކަށް ވިކުނު ޑީވީޑީ އަކީވެސް ދި އިންކްރެޑިބްލްސް އެވެ. އެގޮތުން މިފިލްމުގެ 17.18 މިލިއަން ކޮޕީ ވަނީ ވިކިފައެވެ. އެމް.އެސް.އެން މޫވީސް އިން ވަނީ މިއަދާ ހަމައަށް ނިކުތް ސުޕަރ ހީރޯ ކާރޓޫނު ތަކުގެ ތެރެއިން މި ކާރޓޫނަށް 4 ވަނަ ދީފައެވެ. އެއީ މަޝްހޫރު އެކްސްމެން، ބެޓްމޭން ރިޓާރންސް އަދި ސްޕައިޑަރމޭންގެ ގެ ފަހަތުންނެވެ.

 
 
އޭގެ 15 އަހަރު ފަހެވެ. ބޮބް އަކީ ހެލެންގެ 3 ކުދިންގެ މަންމަ އެވެ. 14 އަހަރުގެ ވައިލެޓް އަށް ވަނީ ގެެއްލުމާއި ފޯރސް ފީލްޑް ގެ ބާރު ލިބިފައެވެ. 10 އަހަރުގެ ޑެޝް އަށް ވަނީ އާދަޔާ ހިލާފަށް ކަންތައް ކުރުމުގެ ބާރު ލިބިފައެވެ. އަދި ތުއްތު ތުއްތު ޖެކް-ޖެކް އަށް ލިބިފައިވާ ބާރެއް ނޭނގެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ބޮބް އާއި އޭނާގެ އެކުވެރި ލޫޝިއަސް އާންމުންގެ ސަލާމަތަށްޓަކައި މީހުންމަރާ މީހުންނާއި ވައްކަން ކުރާ މީހުންނާއި ހިނގުރާމަ ކުރަމުން ދެއެވެ. ހެލެން އަށް މިކަން އެނގުމުން އެދެމަފިރިންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދެއެވެ. ރުޅި އިސްކުރެވި އޭނާ އަށް ކުރެވޭ ކަމެއްގެ ސަބަބުން ބޮބް ވަޒީފާއިން ވަކި ކުރެވެއެވެ. ގެއަށް އަންނައިރު ހަގީގަތް ނޭނގޭ މިރޭޖް ގެ ފަރާތުން ދަޢުވަތެއް ލިބިފައި ވެއެވެ. އަދި ނުރައްކާތެރި ރޮބޮޓް، އޮމްނިޑްރޮއިޑް 9000 ރަށެއްގެ ތަކެއްޗަށް ގެއްލުންދީ ހަލާކު ކުރަމުން ދާ ކަމުގެ ހަބަރު ބޮބް އަށް ދެއެވެ. އަދި މރ. އިންކްރެޑިބަލް އޭތި ހުއްޓުވުމަށް ބޭނުންވާ ކަމަށް ބުނެއެވެ. އެހެންކަމުން ހެލެން ގާތު ބޮބް ވިޔަފާރި ދަތުރަކު ދަނީ ކަމަށް ބުނެ ދޮގު ހަދައި އެ ރަށާއި ދިމާލަށް ބޮބް މިސްރާބު ޖަހައެވެ. އަދި ކާމިޔާބު ކަމާއެކު އޭނާ އޮމްނިޑްރޮއިޑް އާއި ހަނގުރާމަ ކޮށް އޭތި ބަލިކުރެއެވެ. ބޮބް އަކީ އަދިވެސް ސުޕަރހީރޯ އެއްކަން ސާބިތުކުރުމަށްފަހު އާއިލާ އާއި އެކު އުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން ބޮބްގެ މުސާރަ ތިން ގުނަ އިތުރުވެއެވެ.

 
އަދި މރ.އިންކްރެޑިބަލް އަށް އާ ކޮސްޓިއުމެއް އެޑްނާ މޯޑް ހަދާ ދެއެވެ. އާ ކޮސްޓިއުމް ލިބޭތާ މާގިން އިރެއް ނުވެ އަނެއްކާ މިރޭޖް ބޮބް އާއި ބައްދަލު ކުރެއެވެ. އަދި ބޮބް އާ އެހެން ކަމެއް ހަވާލު ކުރެއެވެ. އަދި ބޮބް އަށް އަނބުރާ އެ ރަށަށް ދާން މަޖުބޫރު ވެއެވެ. އެހެންކަމުން އަނެއްކާ ވެސް ވިޔަފާރި ދަތުރަކު ވަރަށް އަވަހަށް ދާންޖެހޭ ކަމަށް ހެލެން ގާތު ބުނެއެވެ. ބޮބް މިހެން ބުނުމުން ހެލެން އަށް އެއްޗެއް ހީވެއެވެ. އހެން ނަމަވެސް އެކަމަކާ މާ ބޮޑަށް އަޅައެއް ނުލައެވެ. ބޮބް އަށް އެރަށަށް ދެވުމުން ބޮބް އަށް ހަމަލާ ދެނީ އޮމްނިޑްރޮއިޑް (އެހެން ވާރޝަން) އަދި ނުބައި ސިންޑްރޯމް އެވެ. އާދެ! ބޮޑުވެފައިވާ ބަޑީ ޕައިން އެވެ. ބެނެވޭ ގޮތުގައި ބަޑީގެ އެދުމާއި މރ.އިންކްރެޑިބަލް ދެކޮޅު ހެދުމުން އޭނާ އޮމްނިޑްރޮއިޑް އުފައްދައި ކުރިއެރުވުމަށްޓަކައި މުއްސަނދި ވުމަށް ނުރައްކާތެރި ހަތިޔާރު އުފައްދައި ARMIES ތަކަށް ވިއްކީ އެވެ. ސިންޑްރޯމް ވަނީ އޮމްނިޑްރޮއިޑް ކުރިއެރުވުމުގައި ބޮބްގެ އެހެން ވަރަށް ގިނަ ސުޕަރ ހީރޯ އިން މަރާފައި ކަންވެސް ބޮބް އަށް އެނގެ އެވެ. އަދި ސިންޑްރޯމް މިހާރު ގަސްދުކުރަނީ މީހުން ދިރިއުޅޭ މައި ޝަހަރަށް އޮމްނިޑްރޮއިޑް ދޫ ކުރަން ކަންވެސް ބޮބް އަށް އެނގެއެވެ.
މިވަގުތުގެ ތެރޭގައި ހެލެން އެޑްނާ އާއި ވާހަކަ ދައްކައެވެ. އޭރު އެޑްނާ ވަނީ ޕާރ އާއިލާގެ ކޮންމެ މެމްބަރަކަށް ސުޕަރ ސުއިޓް އެއް ހަދާ ދީފައެވެ. އަދި މީގެ 2 މަސް ކުރިން ބޮބް ވަނީ އޭނާގެ ވަޒީފާއިން ވަކިކޮށްލެވިފައި ކަން ވެސް ހެލެން އަށް އެނގެއެވެ.

 
އޭރު ހެލެން، ވައިލެޓް އަދި ޑޭޝް ވަނީ ސަލާމަތްކަމާއެކު އެރަށަށް އަރާފައެވެ. އަދި ހެލެން ސިންޑްރޯމްގެ މަރުކަޒަށް ވަގަށް ވަދެއެވެ. އޭރު ސިންޑްރޯމް އޮމްނިޑްރޮއިޑް މެޓްރޯވިލް އާއި ދިމާލަށް ފޮނުވާލައެވެ. (ޕާރ އާއިލާ ދިރިއުޅެމުން ގެން ދަނީ މެޓްރޯވިލްގައި) އެރޭ ވައިލެޓް އާއި ޑޭޝް ނިދީ ޖަންގަލީގައެވެ. އެހެންނަމަވެސް ސިންޑްރޯމްގެ ބައިވެރިންނަށް އެކުދިން ފެނުމުން އެކުދިންނާއި ދިމާ ކުރެއެވެ. ސިންޑްރޯމްގެ މަރުކަޒުތެރޭގައި، ހެލެން އަށް ވުރެ ކުރިން މިރޭޖް ސިއްރުން ބޮބް އަށް އެހީވެ ބޮބް ސަލާމަތް ކުރެއެވެ. ދެން މިރޭޖް އާއި ބޮބް އަވަސްވެގަންނަނީ ވައިލެޓް އާއި ޑޭޝް ހޯދުމަށެވެ. އެދެމީހުންނަށް އެކުދިން ފެންނަނީ ޖަންގަލީގެ ތެރޭގައި ސިންޑްރޯމްގެ ހަތިޔާރު އެޅި ބައިވެރިންނާއި ތަޅަން ތިބެނިކޮށެވެ. އިރުކޮޅަކުން އެތަނަށް އެންމެން ހަމަވެއެވެ. އެހެންނަމަވެސް ސިންޑްރޯމްގެ ބައިވެރިން ބަލިވާ ތަނާ އެތަނަށް ސިންޑްރީމް އާދެއެވެ. އަދި އޭނާގެ ޒީރޯ ޕޮއިންޓް އެނާރޖީ ބޭނުން ކޮށްގެން އެންމެން ހިފަހައްޓއައެވެ. އަދި އޮމްނިޑްރޮއިޑް ކިބައިން މެޓްރޯވިލް ސަލާމަތްކޮށް ސުޕަރ ހީރޯ އަކަށް ވުމަށް އޭނާ ރާވާފައިވަ ގޮތް ކިޔައިދެއެވެ. އަދި ސިންޑްރޯމްގެ އެނާރޖީ ފީލްޑް ޖަލަށް އެމީހުން ލާފައި އެތަނުން ސިންޑްރޯމް ދެއެވެ. އެހެންނަމަވެސް ވައިލެޓްގެ ފޯރސް ފީލްޑްގެ އެހީގައި އެމީހުންނަށް ސަލާމަތްވެވެއެވެ. އަދި މިރޭޖްގެ އެހީ އާއި އެކު މައި ރަށަށް އެމީހުން ދެއެވެ.
މެޓްރޯވިލްސިންޑްރޯމް އޮމްނިޑްރޮއިޑް ހުއްޓުވޭތޯ މަސައްކަތްކުރެއެވެ. އެހެންނަމަވެސް އޮމްނިޑްރޮއިޑްގެ އެތިފަހަރަކުން ސިންޑްރޯމް ހޭނެތެއެވެ. އިރުކޮޅެއްފަހުން އެތަނަށް ހުރިހާ އިންކްރެޑިބްލަސްތައް އާދެއެވެ. އަދި ފޮރޯޒޯންގެ އެހީ އާއި އެކު އެންމެން އޮމްނިޑްރޮއިޑް އާއި ތަޅައެވެ. އަދި އެ ރޮބޮޓް ބައިބައި ކޮށްލައެވެ. އިންކްރެޑިބްލްސްގެ ހިތްވަރާއި ކާމިޔާބީ އަށް މެޓްރޯވިލްގެ އަހުލުވެރިން ހޫނު ތަރުހީބެއް ދެއެވެ. އަދި މިއީ ސުޕަރ ހީރޯ އިންތަކުގެ އެނބުރި އައުން ކަމަށް ބަލައެވެ. ސިންޑްރޯމް އަށް ހޭލެވުމުން އޭނާ ކުރަން އުޅުނުކަންތައް އިންކްރެޑިބްލްސް ކޮށްފިކަން އެނގެއެވެ.

 
ބޮބް އާއި އޭނާގެ އާއިލާ ގެއަށް އައިސް ވަންނަ އިރު، ސިންޑްރޯމް ކުޑަ ޖެކް-ޖެކް ވަގަށް ނަގަނީއެވެ. ސިންޑްރޯމް އޭނާގެ ރޮކެޓް ބޫޓު ބޭނުންކޮށްގެން އޭނާގެ ޖެޓް އާއި ހަމައަށް ދާން އުދުއްސައިގަންނަތަނާ، ޖެކް-ޖެކް އޭނާ އަށް ލިބިފައިވާ ބާރު ހާމަކުރެއެވެ. އަދި ކުއްލިއަކަށް އަލިފާނުންވާ އޭލިއެން އެއްކަހަލަ ޖަނަވާރަކަށް ޖެކް-ޖެކް ބަދަލުވެއެވެ. ސިންޑްރޯމް ޖެކް-ޖެކް ވައްޓާލުމުން ހެލެން ޖެކް-ޖެކް ހިފައެވެ. އަދި ފުރުސަތުގެ ބޭނުންކޮށްގެން ސިންޑްރޯމ ފިލަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ބޮބް އެމީހުންގެ ކާރު ނަގައި ސިންޑްރޯމްގެ ޖެޓާއި ދިމާލަށް އެއްލައެވެ. ސިންޑްރޯމް އެއްލައިގެން ގޮސް ޖެހިފައި އޭނާގެ ހެދުމުގެ ބައެއް ޖެޓުގެ އިންޖީނުގެ ތެރެއަށް ވަދެއެވެ. މިއާއި އަކު ސިންޑްރޯމް ވެސް އޭގެ ތެރައަށް ދަމައެގަނެއެވެ. ޖެޓް ގޮވުމުން ބުރައިގެން ދިޔަ އަލިފާނުން ވައިލެޓް އޭނާގެ އާއިލާ ސަލާމަތްކުރެއެވެ.

އޭގެ 3މަސްފަހެވެ. ބޮބްގެ އާއިލާ ދިރިއުޅެމުންދަނީ ވަރަށް އުފަލުގައެވެ. ބޮބްވެސް ހުންނަނީ އޭނާގެ އާދައިގެ ދިރިއުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހިފައެވެ. ފިލްމު ފެށޭ އިރު ޑޭޝް އަށް ބައިވެރިވާން ހުއްދަ ނުލިބިފައިވާ ދުވުމުގެ ރޭހެއްގައިވެސް އޭނާަށް ބައިވެރިވެވެއެވެ. ހެލެން އޭނާ އަށް ފުރަތަމަ ހުއްދަ ނުދިނީ، އެ ކުޅިވަރު ހަފްލާގައި ޑޭޝްއަށް އޮޅިގެން މާބާރަށް ދުވެވި އޭނާގެ ބާރު އެންމެންނަށް ހާމަވެ އެނގިދާނެތީއެވެ. އެހެންނަމަވެސް ފަހުން ޑޭޝް އާދައިގެ މިންވަރަށް ނޫނީ ނުދުވުމަށް ހުވާ ކޮށް މުބާރާތުން ދެވަނަ ހޯދިއެވެ. ބޮބްމެން ކުޅިވަރުގެ މައިދާން ދޫކޮށްފައި އެތަނުން ނިކުންނަނިކޮށް ބިމުގެ އަޑިން ދި އަންޑރމައިނަރ ނިކުމެއެވެ. އަދި އެމީހުންގެ އާއިލާގެ އުފަލާއި ހިތްހަމަޖެހުމަށް އޭނާ ގޮންޖަހައެވެ. އެންމެން އެއްކޮށް ޖެކް-ޖެކް ވެސް އމީހުންގެ މޫނުމަތީ ގައި އަޅާ ސުޕަރހީރޯ މޫނުމަތި އަޅައިގެން ދި އަންޑަރ މައިނަރ އާއި ދެކޮޅަށް ނިކުމެއެވެ. ފިލްމު ނިމިގެންދާނީ ބޮބް އޭނާގެ ގަމީސް ހުޅުވާލައި އޭގެ ދަށުގައިވާ ދި އިންކްރެޑިބްލްސް ސުއިޓް ދައްކާލާ މަންޒަރުންނެވެ.

އެއްވަނަ ދެވަނަ އަދި ތިންވަނަ މަރުޙަލާ ދިޔައީ ވަރަށް ފުރިހަމައަށެވެ. އެހެންނަމަވެސް ސިންޑްރޯމް މެޓްރޯވިލްގައި އޮމްނިޑްރޮއިޑް އާއި ހަނގުރާމަ ކުރިއިރު، ސިންޑްރޯމް އޭނާގެ އަތުގައިވާ ރިމޯޓް ބޭނުންކުރާކަން އޮމްނިޑްރޮއިޑް އަށް އެނގެއެވެ. އެހެންކަމުން އޮމްނިޑްރޮއިޑް އެ ރިމޯޓް ގޮއްވާލުމަށްފަހު ސިންޑްރޯމްގެ ގައިގައި ޖަހައި ހޭ ނައްތާލަނީ އެވެ. އަދި އިންކްރެޑިބްލްސް ސިންޑްރޯމްގެ ޖަލުން ސަލާމަތްވެ އެތަނަށް އެތަނަށް އެމީހުން ނޯމެނިސަން އައިލެންޑުން ހޯދާ އާރ.ވީ އެއްގައެވެ. އަދި އިލާސްޓިގާރލް، ވައިލެޓް އަދި ފްރޯޒޯން ބައިވެ،ސިންޑްރޯމްގެ ރޭވުން ނާކާމިޔާބު ކޮށް އޮޕަރޭޝަން ކްރޮނޯސް ނިމުމަކާ ހަމައަށް ގެނެއެވެ.




#Article 68: ޓޯއި ސްޓޯރީ 2 (597 words)


ޓޯއި ސްޓޯރީ 2 އަކީ ޓޯއި ސްޓޯރީގެ ދެވަނަބައެވެ. އަދި ޑިޒްނީ / ޕިކްސަރ ގެ 3 ވަނަ ފީޗަރ ފިލްމެވެ. މި ކާޓޫނު ފިލްމަކީ ކުޑަކުދިންނަށް ޙާއްސަކޮށް ހެދިފައިވާ ފިލްމެކެވެ. މި ފިލްމްގައި ދައްކުވައިދެނީ އިންސާނުން ނޫޅޭ ގަޑީގައި ދިރުމަށް އަންނަ، ކުޅޭ ތަކެއްޗަށް ދިމާވާ ހާދިސާއެކެވެ. ޓޯއި ސްޓޯރީގެ ފުރަތަމަ ބައި ފަަދައިން މިކާރޓޫނުގެ 2ވަނަ ބައި ވެސް އުފައްދާފައިވަނީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިންނެވެ. އަދި ޑައިރެކްޓް ކޮށްފައިވަނީ ޖޯން ލެސެޓާރ، ލީ އަންކްރިޗް އަދި އޭޝް ބްރެނަން އެވެ. އަދި މި ފިލްމު ރިލީޒް ކުރެވިފައިވަނީ ވޯލްޓް ޑިޒްނީ ޕިކްޗާރސް އާއި ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަންސް އާއި ގުޅިގެން 19 ނޮވެމްބަރ 1999ގައި އެމެރިކާގައެވެ. އަދި 11 ފެބްރުއަރީ 2000ގައި ޔޫ.ކޭ ގައެވެ.

މިކާރޓޫނުގެ ފުރަތަމަ ބަޔަށް އަޑު އެޅި ޓޮމް ހޭންކްސް، ޓިމް އެލަން، ޑޮން ރިކްލްސް، ޖިމް ވާރނީ، ވެލެސް ޝޯން، ޖޯން ރެޓްޒެންބާރގަރ ވަނީ ޓޯއި ސްޓޯރީގެ 2ވަނަ ބަޔަށް ވެސް އަޑު އަޅައިދީ ފައެވެ. މިމީހުންގެ އިތުރަށް މިފިލްމަށް އަލަށް އަޑު އަޅައިދީ ފައިވަނީ ޖޯން ކަސަކް، ކެލްސީ ގްރެމަރ އަދި އެސްޓެލް ހެރިސް އެވެ.

ޓޯއި ސްޓޯރީ ގައި ހިނގާ ހާދިސާ ދިމާވާތަާދުވަސްކޮޅަކުން ޖެހިގެން އައި ހޫނު މޫސުމުގައި އާންޑީ، ވުޑީ އާއި ބަޒް ނަގައިގެން ކުޅެނިކޮށް އޭންޑީގެ އަތުން ވުޑީ ހަލާކުވެއެވެ. އަދި ހަލާކުވެފައިވާ ވީޒީ ނަމަކަށް ކިޔާ Penguin ބުދެއްކައިރީ ކަބަޑެއްގެ މަތީގައި ވުޑީ ބައިންދައެވެ. އަދި ވަރަށް އަވަހަށް ވުޑީ އެއްލައިލާނެ ކަމަށް ހީކޮށް އެކަމާ ވުޑީ ވަރަށް ކަންބޮޑުވެއެވެ.Yard Sale ގައި ވިޒީ ވިއްކާލުމަށް އޭންޑީ ނިންމުމުން ވުޑީ ވިޒީ ސަލާމަތްކުރަން އުޅެއެވެ. އަދި އެންމެ ފަހުން ވުޑީ ވެސް ނިމެނީ Yard Sale ގެ ތެރޭގައެވެ. މިތާތެރެއިން އޭލް މެކް ވިގިން، އޭލްސް ޓޯއި ބާރން' ގެ ވެރިމީހާ ވުޑީ ވަގަށް ނަގައެވެ. މެކް ވިގިން ވުޑީ ވަގަށް ނެގުމުން ބަޒް އާއި އެހެނިހެން ބުދުތައް ވުޑީ ސަލާމަތްކުރުމަށް ނިކުމެއެވެ. މެކް ވިގިން އެންމެ ފުރަތަމަ ވުޑީ ގެންދަނީ އޭނާ ދިރިއުޅޭ ތަނަށެވެ. މިތަނުން ވުޑީ އާއި އެއްފަދަ ޖެސީ ނަމަކަށް ކިޔާ އަންހެން ބުދަކާއި، ޖެސީގެ އަހާއި (ބުލްސް އައި) އަދި ދަ ޕްރޮސްޕެކްޓަރ (އޭގެ ފޮށިގަނޑު ތެރޭގައިވާ ނުވިއްކާ ބައިންދާފައިވާ ކުޅޭއެއްޗެއް) އާއި ދިމާވެއެވެ.
އެމީހުން ވުޑި ގާތު އެމީހުންނަކީ އޭރުގެު ހަނދާންނެތިފައިވާ ކުޑަކުދިންގެ ޓީވީ ޝޯވ، ވުޑީސް ރައުންޑް އަޕް ގެ ތަރިން ކަމުގައި ބުނެއެވެ. އަދި މިހާރު އޭލް އަތުގައި ވުޑީ ބުދެއް އޮތުމުން އޭނާގެ އަތުގައި ވުޑީސް ރައުންޑް އަޕް ގެ ހުރިހާ ބުދެއް ހަމަވީއެވެ. އެހެންކަމުން އޭލް ގަސްދުކުރަނީ ޖަޕާނުގެ ދާރުލް އާޘާރަކަށް ހުރިހާ ބުދެއް ވިއްކާލަންކަން ވުޑީއަށް އެނގެއެވެ. އަދި އޭންޑީގެ ގާތަށް ވުޑީ ދާން ބޭނުންކަމަށް ވުޑީ އެހެން ބުދުތައް ކައިރީ ބުނެއެވެ. އަދި ޖެސީ، އޭނާގެ ވެރިމީހާ ބޮޑުވުމުން ޖެސީގެ މަތިން ހަނދާންނެތި ޖެސީ އެއްލާލިގޮތުގެ ވާހަކަ ކިޔައިދެއެވެ. އަދި އޭންޑީ ބޮޑު ވުމުން އޭންޑީވެސް ކަންތައް ކުރާނީ މިގޮތައްކަމަށް ޖެސީ ބުނެއެވެ. މާޔޫސްވެފައި ހުރެ ވުޑީ އެމީހުންނާއި އެކު ޖަޕާނުގެ ދާރުލް އާޘާރަށް ދާން ގަސްދުކުރެއެވެ. 

ބަޒް އާއި އޭނާގެ އެކުވެރިން އޭލްސް ޓޯއި ބާރން އަށް ވުޑީ ހޯދުމަށް ދެއެވެ. މިތާ ތެރެއިން ބަޒް އާއި އެހެން ބަޒް ލައޓް ޔާރ އަކާއި ދިމާވެއެވެ. މިބަޒް އަކީ ވެސް، ޓޯއި ސްޓޯރީގެ ފުރަތަމަ ބައިގައި ބަޒް ފަދައިން އޭނާ އަކީ ކުޅޭ އެއްޗެއްކަމަށް ގަބޫލު ނުކުރާ ބަޒްއެކެވެ. އަދި މިދެމީހެން ތަޅައިގަނެ އޭންޑީގެ އަސްލު ބަޒް ހިފެހެއްޓުމަށްފަހު އޭލްސް ޓޯއި ބާރން ގެ ތެރެއިން ދިމާވާ ބަޒް އެނިހެން ކުޅޭތަކެއްޗާއި އެކު އޭލް ދިރިއުޅެމުންދާ ތަނަށް ދާން ހިނގައިގަނެއެވެ. (މ އާ ބަޒް ހީކުރާ ގޮތުގައި އެމީހުން މިދަނީ ވުޑީ އޭނާގެ އެންމެ ވަރުގަދަ ދުޝްމަން ކަމަށްވާ އެމްޕަރަރ ޒާރގް ގެ ކިބައިން ސަލާމަތް ކުރުމަށެވެ.) އަސްލު ބަޒް (އޭންޑީ ގެ) ސަލާމަތްވެގެން އެމީހުންގެ ފަހަތުން ދެއެވެ. އަދި އެންމެންނަށް ވުޑީ އާއި ދިމާވެއެވެ. އަދި އެމީހުން އައީ ވުޑީ ސަލާމަތް ކުރުމަށް ކަމަށް ބުނެއެވެ. އެހެންނަމަވެސް ވުޑީ އެމީހުންނާއި އެކު ދާން ބޭނުން ނުވާ ކަމުގައި ބުނެއެވެ. އަދި ވުޑީ ބަޒް އާއި ބަޒްގެ އެކުވެރިން ބަހައްޓާފައި ޖެސީ މެންނާއި އެކު ދެއެވެ. އެހެންނަމަވެސް ވުޑީ އިރުކޮޅަކުން ބަޒްމެންގެ ގާތަށް އެނބުރި އާދެއެވެ. އަދި އޭނާގެ ހިޔާލު ބަދިލުވީ ކަމުގައި ބުނެއެވެ. އަދި ޖެސީ މެންނަށް އޭނާ އާއި އެކު ދިޔުމަށް ދަޢުވަތު އަރުވައެވެ. ޖެސީ އާއި ބުލްސް އައި ވުޑީގެ ދަޢުވަތު ގަބޫލުކުރެއެވެ. އެހެންނަމަވެސް ޕްރޮސްޕެކްޓަރ އެމީހުން ފޮށްޓަކަށްލައި ތަޅުލައެވެ. އެހެންނަމަވެސް އެމީހުންނަށް ދެން އޮތް ފުރުސަތަކީ ޖަޕާނަށް ދިޔުންކަމުގައި ކަމަށް ބުނެއެވެ. އެމީހުންނަށް ފޮށިން ސަލާމަތްނުވެވިގެން އުޅެނިކޮށް އޭލް އެ ފޮށި ނަގައިގެން އެއަރޕޯޓަށް ދެއެވެ. އަދި ބަޒްމެން ވެސް އޭލްގެ ފަހަތުން އެއރޕޯޓަށް ދެއެވެ. އެތާނގައި ބަޒް ވުޑީއާއި ބުލްސް އައި އެމީހުން ތަޅުލެވިފައިވާ ފޮށިން ސަލާމަތްކުރެއެވެ. އަދި ކުޑަކުއްޖެއްގެ ދަބަހަށް ޕްރޮސްޕެކްޓަރ ލައެވެ. ޖެސީވަނީ އަދި ސަލާމަތް ނުވެވިފައެވެ. އޭނާ އޮތް ފޮށިން އަދިވެސް ސަލާމަތް ނުވެވިފައެވެ. މަތިންދާ ބޯޓުގެ ތެރެއިން ވުޑީ ޖެސީ ހޯދައެވެ. އެކަމަކު މަތިންދާބޯޓުން ނިކުންނަން އުޅެނޮށް ބޯޓުގެ ދޮރު ލެއްޕެއެވެ. އެހެންނަމަވެސް ބޯޓުން ނިކުންނާނެ އެހެން ގޮތެއް ވުޑީ ހޯދައެވެ. މަތިންދާބޯޓު މައި ރަންވޭ އަށް ނިކުމެ ދުއްވާލާތަނުން ވުޑީ އާއި ޖެސީ ބޯޓުން ބުލްސް އައިގެ ބުރަކަށިމައްޗަށް ފުންމާލައެވެ. ބަޒް އާއި އެންމެން ވުޑީގެ ހިތްވަރާއި މަސައްކަތަށް ތަޢުރީފުޖުރެއެވެ. އަދި އެމީހުން ގެއާއި ދިމާލަށް މިސްރާބުޖަހައެވެ. އަދި އެފަހުން ޖެސީ އާއި ބުލްސް އައި ގެންގުޅެނީ އޭންޑީ އެވެ.

ރޭންޑީ ނިއުމަން ޓޯއި ސްޓޯރީ 2 އަށް އާ ދެލަވަ ލިޔެދިނެވެ.




#Article 69: ޓޯއި ސްޓޯރީ (296 words)


ޓޯއި ސްޓޯރީ އަކީ ކޮމްޕިޔުޓަރުގެ ޒަރިއްޔާ އިން ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އުފައްދައި ވޯލްޓް ޑިޒްނީ ޕިކްޗާރސް އާއި ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަންސް އިން ރިލީޒް ކޮށް ފައިވާ އެނިމޭޓެޑް ކާރޓޫނު ފިލްމެކެވެ. މިކާރޓޫނު އެމެރިކާގައި ރިލީޒް ކުރެވިފައިވަނީ 22 ނޮވެމްބަރ 1995 ގައެވެ. އަދި ޔޫކޭ ގައި މިފިލްމު ރިލީޒް ކުރެވިފައިވަނީ އޭގަ 3 މަސް ފަހުން 22 މާރޗް 1996 ގައެވެ. ޓޯއި ސްޓޯރީގެ ކުރިން ޕިކްސަރ އިން ނެރުމަށް ބުނެފައިވާ އެނިމޭޓެޑް ފިލްމަކީ ދަ ވޯރކްސް އެވެ. އެހެންނަމަވެސް މިފިލްމުގެ ނިމުމަކާ ހަމަޔަށް ވަނި ނައިސް ފައެވެެ. އެހެންކަމުން ޓޯއި ސްޓޯރީ ވެގެންދިޔައީ ޕިކްސަރގެ ފުރަތަމަ ފީޗާރޑް ފިލްމެވެ. ހަމައެކަނި އެމެރިކާގައި ވެސް މިފިލްމު ވަނީ $191,773,049 އެމެރިކާ ޑޮލަރު ހޯދާފައެވެ. އެދި ދުނިޔޭގައި ޖުމްލަގޮތެއްގައި $358,100,000 އެމެރިކާ ޑޮލަރު މިފިލްމު ހޯދިއެވެ. މިފިލްމުގައި ފެނިގެންދާ މުހިންމު ޝަހްސިއްޔަތު ތަކަކީ އޭންޑީ ނަމަކަށް ކިޔާ 6 އަހަރުގެ ކުޑަ ކުއްޖެއްގެ ކޮޓަރީގައި އޭނާ ކުޅެންގެންގުޅޭ ކުޅޭ ތަކެއްޗެވެ. އޭންޑީގެ އަންހެން ކޮއްކޮ މޮލީ އާއި އޭންޑީގެ މަންމަ ކާރޓޫނުގެ ތެރެއިން ފެނިގެންދާނީ ވަރަށް މަދުންނެވެ. ހަމައެހެންމެ އޭންޑީގެ އަވަށްޓެރި ސިޑް އާއި ސިޑްގެ ކުއްތާ ސްކަޑް އަދި ސިޑްގެ ކޮއްކޮ ހަނާ ގެ ރޯލަކީ ވެސް ކުޑަ ރޯލެކެވެ. ޓޯއި ސްޓޯރީ އާއި އެކު ފީޗާރ ފިލްމުގެ ވިޔަފާރީގެ ދާއިިރާ އަށް ޕިކްސަރ ވަނުމުގެ ކުރިން އެމީހުން މަޝަހޫރު ވެފައިވަނީ ޕިކްސަރ އިމޭޖް ކޮމްޕިޔުޓަރ ކުރިއެރުވުމުގައެވެ. މި ފިލްމުގެ 2 ވަނަ ބައި ކަމަށްވާ ޓޯއި ސްޓޯރީ 2 އެމެރިކާގައި ރިލީޒް ކުރެވުނީ 24 ނޮވެމްބަރ 1999 ގައެވެ.

މިކާރޓޫނު ފެށިގެންދާނީ އޭންޑި ނަމަކަށް ކިޔާ 6 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކުޅޭތަކެއްޗާއި ކުޅެން ހުންނަ މަންޒަރަކުންނެވެ. އޭންޑީ އޭނާ އެންމެ ލޯބިވާ ކުޅޭ އެތި ވުޑީ ހިފައިގެން ސިޓިންގ ރޫމަށް ފައިބަމުން އޭނާގެ މަންމަ ކުރެން އެދުވަހު ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ އޭންޑީގެ އުފަންދުވަހުގެ ޕާރޓީ އާއި ބެހޭގޮތުން އޭންޑީ އޭނާގެ މަންމަ އާއި ސުވާލު ކުރެއެވެ. ވުޑީީ އާއި އެއްކޮށް ކުޅެ ނިންމުމަށްފަހު އޭންޑީ އޭނާގެ އަންހެން ކޮއްކޮ ނަގައިގެން ދެއެވެ. އޭންޑީ ދިޔުމުން ހުރިހާ ކުޅޭ އެއްޗެހި ދިރުމަށް އާދެއެވެ. އަދި ވުޑީ އެހެން ކުޅޭ އެއްޗެހި ގާތު އޭންޑީގެ އުފަންދުވަހުގެ ޕާރޓީ އޮތީ އެދުވަހުގެ ހަވީރު ކަމަށް ބުނެއެވެ. ޕާރޓީގައި ހަދިޔާ އެއްގެ ގޮތުން އޭންޑީ އަށް ލިބެނީ ކޮން ކުޅޭ ތަކެއްޗެއްތޯ ބެލުމަށް ވުޑީ ކުދި ފެހި ކުލައިގެ ސިފައިންގެ ބުދުތަކެއް ޖާސޫސް ކުރުމަށް ފޮނުވައެވެ. މިގޮތުން އެދުވަހު އޭންޑީ އަށް ލިބޭ އެންމެ ހާއްސަ ހަދިޔާ އޭންޑީގެ މަންމަ އޭންޑީ އަށް ޕާރޓީ ނިމުމުން ދެއެވެ. 

ކާމިޔާބު ކޮށްފައިވަނީ: 

ހޮވިފައިވަނީ:

އަދި 2005ވަނަ އަހަރު މިފިލްމް ވަނީ އެމެރިކާގެ ނެޝަނަލް ފިލްމު ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައެވެ.




#Article 70: ޓޯބީ މެގުއެއަރ (262 words)


ޓޯބިއަސް ވިންސެންޓް މެގުއެރ (އުފަންވީ 27 ޖޫން 1975 ގައެވެ.) އަކީ އެމެރިކާގެ މަޝްހޫރު ފިލްމީ އެކްޓަރެކެވެ. މީނާ އާންމުންގެ ތެރެއަށް އެންމެ މަޝްހޫރު ވެފައިވަނީ އެނާ ސްޕައިޑަރ މޭންގެ ސިލްސިލާ ފިލްމުތަކުގައި އަދާ ކޮށްފައިވާ ޕީޓާރ ޕާކާރގެ ރޯލުންނެވެ. 

މެގުއެރ އުފަންވީ ކެލިފޯނިޔާގެ ސަންޓާ މޮނިކާ އަށެވެ. މެގުއެއަރ ގެ ބައްޕަ ވިންސެންޓް އަކީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައިކަތް ކުރާ މީހެކެވެ. އަދި މޮޅު ކައްކާ މީހެއްވެސް މެއެވެ. އެހެންނަމަވެސް ވިންސެންޓްގެ އާއިލާ އަކީ ފަޤީރު އާއިލާ އެކެވެ. 1993 ގައި ވިންސެންޓް ބޭންކެއް ފަޅާލައި ވައްކަން ކުރުމުން އޭގެ އެއް ގަޑިއިރު ފަހުން އަތުލައިގަނެވުނެވެ. އަދި 2 އަހަރަށް ޖަލަށް ލުމަށް ފަހު މެގުއެއަރ ގެ ބައްޕައަށް ޖަލުން ދޫކޮށްލެވުނެވެ. މެގުއެއަރ ގެ މަންމަ ވެންޑީ ބްރައުން އަކީ ސެކްރެޓަރީ އެކެވެ. އެހެންނަމަވެސް ފަހުން އޭނާ އަކީ ސްކްރީން ރައިޓަރ އެއް އަދި ޕްރޮޑިއުސަރެކެވެ. 2006 ގައި ވެންޑީ އޭޝިއާ އާއި ބެހޭގޮތުން ހެދޭ ފިލްމެއް ހެދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.

ޓޯބީ އަކީ އޭނާގެ އުމުރުން 13 އަދި 14 އަހަރު ތެރޭގައި ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރި ޒުވާން އެކްޓަރެކެވެ. ގިނަ އިޝްތިހާރުތަކުގައި އާއި ބައެއް ފިލްމުތަކުގައި އޭނާ ވަނީ ހަރަކާތްތެރި ވެފައެވެ. އޭނާ އެންމެ ފުރަތަމަ އަދާ ކޮށްފައިވާ ރޯލް އަދީ ކޮށްފައިވަނީ 1998 ގެ ފިލް ދަ ވިޒާރޑް ގައެވެ.

މާރވެލް ކޮމިކްގެ ސްޕައިޑަރމޭންގެ މައްޗަށް ބިނާ ކޮށް ހެދޭ ފިލްމު ސްޕައިޑަރމޭން ގައި ޓޯބީ އަދާ ކޮށްފައިވާ ރޯލުގެ ސަބަބުން ދުނިޔޭގެ މަޝްހޫރުކަން އޭނާ ހޯދިއެއެވެ. އެހެންނަމަވެސް އެއީ ޓޯބީގެ ނަމުންނެއް ނޫނެވެ. އެއީ ޕީޓާރ ޕާރކާގެ ނަމުންނެވެ. މިފިލްމުގައި ޓޯބީ އާއި އެއްކޮށް ދެން ހަރަކާތްތެރިވާ އިތުރު ތަރިންނަކީ ކިރްސްޓެން ޑަންސްޓް އަދި ވިލެމް ޑެފޯ އެވެ. މިއީ ސެމް ރެއިމީގެ ޑައިރެކްޓަރު ކަމުގެ ދަށުން ހެދޭ ފިލްމެކެވެ. އެކެޑަމީ އެވޯރޑް ކާމިޔާބު ކުރާ ސްޕައިޑަރ މޭން 2 ގައިވެސް ޓޯބީ ވަނީ އޭނާގެ ހުނަރު ދައްކާފައެވެ. މިފިލްމު ރިލީޒް ކުރެވިފައިވަނީ 2004 ވަނަ އަހރުއެވެ. ސްޕައިޑަރ މޭން 2 އަށް ފަހު ސްޕައިޑަރ މޭން 3 ގައިވެސް ޓޯބީ ވަނީ ހަރަކާތް ތެރިވެފައެވެ. މިފިލްމު ޒިލީޒް ކުރެވޭނެ ކަމަށް ބުނަމުން އަންނަނީ މިހިނގާ 2007 ވަނަ އަހަރުއެވެ. ކޮލަމްބިޔާ ޕިކްޗާރސް އިން ވަރަށް އަވަހަށް ސްޕައިޑަރ މޭން 4 ގައި އޭނާ ބައިވެރިކުރުމާއި ބެހޭގޮތުން ޓޯބީ އާއި ވާހަކަ ދައްކަން ފަށާނެ ކަމުގެ ވާހަކަތައް ވަނީ އިވެން ފަށާފައެވެ.




#Article 71: މެރޫން 5 (168 words)


ކެލިފޯރނިޔާގެ ލޮސްއެންޖެލިސް އަށް އުފަން މެރޫން 5 އަކީ ދުނިޔޭގެ މަޝްހޫރުކަން ހޯދުމަށްފަހު ގްރެމީ އެވޯރޑް ކާމިޔާބުކޮށްފައިވާ ބޭންޑެކެވެ. އަދި މިބޭންޑުވަނީ މިބޭންޑުގެ އަލްބަމް ސޯންގސް އަބައުޓް ޖޭން އަލްބަމަށް އިތުރު ކާމިޔާބީ ތަކެއް ހޯދާފައެވެ. މިއަލްބަމް ރިލީޒް ކުރެވިފައިވަނީ 2002 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިއަލްބަމް ވަނީ ދުނިޔޭގެ ޗާރޓުތަކުގައި ރަނގަޅު މަގާމައް ހޯދާފައެވެ. އެއަށްފަހު މިބޭންޑު ނެރެފައިވަނީ 1.22.03 އެކޯސްޓިކް އަލްބަމެވެ. މިއަލްބަމްގައި ހިމެނިފައިވަނީ ސޯންގސް އަބައުޓް ޖޭން އަލްބަމްގެ ލަވަތަކެވެ. އެހެންނަމަވެސް ލަވަތައް ކުޅެވިފައިވަނީ އެހެން ގޮތަކަށެވެ. މިއަލްބަމްވެސް ވަނީ ދުނިޔޭގެ ޗާރޓުތަކުގައި ރަނގަޅު މަގާމެއް ހާސިލްކޮށްފައެވެ. މިބޭންޑް ވަނީ 2005 ވަނަ އަހަރު ބެސްޓް ނިއު އާރޓިސްޓައް ދެވޭ ގްރެމީ އެވޯރޑް ހާސިލްކޮށްފައެވެ. 2005ވަނަ އަހަރުގެ ފަހުކޮޅު މިބޭންޑު ވަނީ އެހެން އަލްބަމެއް ރިލީޒް ކޮށްފައެވެ. އެއީ ލައިވް - ފްރައިޑޭއި ދަ ތާރޓީންތް އެވެ. މިއަލްބަމް ރިކޯރޑު ކުރެވުނީ ކެލިފޯރނިޔާގެ ސަންޓާ ބަރބަރާގައި 2005 ވަނަ އަހަރުގެ މޭއި 13 ވަނަ ދުވަހުއެވެ. މިއަލްބަމް ރިލީޒް ކުރެވުމުން މިބޭންޑަށް އިތުރު ކާމިޔާބީ އެއް ލިބުނެވެ. އެއީ 2006 ވަނަ އަހަރު ބެސްޓް ޕޮޕް ޕާރފޯމެންސް ބައި އަ ޑުއޯ އޯރ ގްރޫޕް ވިތް ވޯކަލް އަށް ދެވޭ ގްރެމީ އެވޯރޑް ބޭންޑަށް ލިބުމެވެ.

ބައެއް ކޮމެޑީ ޝޯވ ތަކުގައި މެރޫން 5 ވަނީ މޮރޯން 5 ގެ ގޮތުގައި ބެލެވިފައެވެ. ދިވެހި ބަހުން މޮރޯން ގެ މާނައަކީ ނުވިސް ނުމެވެ. ނުވަތަ ނުވިސްނޭ މީހާ އެވެ.

 (2004ގައި)
Image:Maroon5_fridaythe13th_cover.png|(ގައި2005)#61 USA
Image:Nocover.png|މިއަލްބަމަކީ 2007ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަލްބަމެއް




#Article 72: ޓޮމް ވެލިންގ (160 words)


ތޯމަސް ޖޯން ޕެޓްރިކް ވެލިންގ (އުފަންވީ 26 އޭޕްރީލް 1977 ގައި ނިއު ޔޯކުގެ ޕުޓްނަމް ވެލީ އަށް) އަކީ އެމެރިކާގެ ފިލްމު ކުޅޭ މަޝްހޫރު އެކްޓަރެކެވެ. އަދި ކުރީގެ ފެޝަން ދާއިރާގައި މޮޑެލް ކުރި ފރިހެނެއްވެސް މެއެވެ. ޓޮމް އެންމެ މަޝްހޫރުވެފައިވަނީ ޓީވީ ސިލްސިލާ ސްމޯލްވިލްގައި އޭނާ އަދާ ކޮށްފައިވާ ކްލާރކް ކެންޓްގެ ރޯލުންނެވެ.

ޓޮމް ވެލިންގ އުފަންވީ ނިއުޔޯކުގެ ޕުޓްނަމް ވެލީ އަށެވެ. ޓޮމް އަށް ވުރެ ބޮޑު ދެ ދައްތައިންނާއި ފރިހެން ކޮއްކޮ އެއް ޓޮމްގެ އާއިލާގައި ތިބެއެވެ. އެއީ ރެބޭކާ އާއި ޖޭމީއެވެ. އަދި ކޮއްކޮ މާކް އެވެ. މާކް އަކީ ވެސް އެކްޓަރެކެވެ. ޓޮމްގެ ބައްޕަގެ ވަޒީފާގެ ގޮތުން ވެލިންގ އާއިލާ މިޗިގަންގެ އޮކީމޯސްގައި ހަމަޖެހުމުގެ ކުރިން ނިއުޔޯކުގެ ޕުޓްނަމް ވެލީ އިން ވިސްކޮންސިންގެ ޖޭންސްވިލް އަދި އެއަށްފަހު ޑިލެވެއަރގެ ހޮކެސިން އަށް ވަނީ މީގެ ކުރީގައި ބަދަލުވެފައެވެ. މިޗިގަން ގެ އޮކީމޯސް އަށް ވެލިންގ އާއިލާ ބަދަލުވީ ޓޮމްގެ ހައިސްކޫލް ގެ ޖޫނިއަރ އަހަރުގައެވެ. 
ބޭސް ބޯލް އަދި ބާސްކެޓް ބޯލް ބައެއް ކުޅިވަރު ޓީމްތަކުގައި ވެސް ޓޮމް ހަރަކާތްތެރިވެފައިވެއެވެ. އޮކީމޯސް ހައި ސްކޫލް އިން ޓޮމް ފާސްވީ 1995 ގައެވެ. އެއަށްފަހު އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އޭނާ ދިރިއުޅެމުން ގެންދިޔައީ އޭނާގެ އާއިލާ އާއި އެކުއެވެ.

ޓޮމް ކައިވެނީގެ ގޮތުން ގުޅުނީ ޓޮމްގެ ދުވަސްވީ އެކުވެރިއެއް ކަމަށްވާ ޖޭމީ ވައިޓް އާއި އެވެ. ޖޭމީ  މިކައިވެނިވީ މާރތާސް ވައިންޔާޑް ގައި 25 ޖުލައި 2005 ގައެވެ.




#Article 73: ފަޔަރ ނޭޝަން (602 words)


ފަޔާރ ނޭޝަން އަކީ ޚިޔާލީ ކާރޓޫނެއް ކަމުގައިވާ އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ ގެ ހަތަރު ޤައުމުގެ ތެރެއިން ބާރުގަދަ އެއް ޤައުމެވެ. މިޤައުމުގެ ރައްޔިތުންނަކީ އިރުގެ ދޯދިން އަލިފާން އުފައްދާ އެ އަލިފާން ކޮންޓްރޯލު ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެކެވެ. އަދި މީގެތެރެއިން މަދު މީސްކޮޅަކަށް ހޮނު (lightning) އުފައްދައި އޭގެ ބޭނުން ހިފަން އިގެއެވެ.

ފަޔާރ ނޭޝަންގެ ޤައުމީ ނިޝާން އަކީ ކަރުނަ ތިއްކެއްގެ ބައްޓަމައް އިންނަ އަލިފާން ކޮޅެކެވެ.މި ނިޝާން ހެދިފައިވަނީ މީގައިވާ އަލިފާންކޮޅުން ކުރީ ޒަމާނުގައި ރަސްރަސްކަލުން ގެންގުޅުއްވި އަނިޔާވެރި ޙަތިޔާރެއްގެ ދަތްގަނޑު ދޭހަވާކަހަލަ ގޮތަކަށެވެ. ފަޔާރ ނޭޝަންގެ އެކިއެކި އަސްކަރީ އުޅަނދު ތަކުގަޔާއި ހަނގުރާމަ މަތީ މަނަވަރު ތަކުގައި އަދި މި ޤައުމުގެ ދިދައިގާވެސް މި ނީޝާން ކުރަހާފައި ވެއެވެ. ހަމައެހެންމެ ރިޔާސީ އާއިލާގެ އެކިއެކި މެމްބަރުންނާއި ފަޔާރ ނޭޝަންގެ އަސްކަރީ ލަޝްކަރުގެ މަތީމަޤާމު ތަކުގައި ތިއްބަވާ ބައެއް ވެރިން މިނިޝާން ބޮލުގައި ޖަހާފައިވާ ހުޅީގައި ތުރުކުރައްވައެވެ.އަޒޫލާ، ފަޔަރ ލޯރޑް އަޒޫލޯން، ފަޔަރ ލޯރޑް އޯރޒާއި، ލޫ ޓެންއާއި އަރސާ މިނިޝާން ތުރުކުރައްވާ ބައެއް ބޭފުޅުންގެ ތެރޭގައި ގުނާލެވެއެވެ.

ފަޔާރ ނޭޝަންގެ ގިނަ ނަންތަކުގައި ޒ ބޭނުން ކޮއްފައިވާކަން ފާހަގަ ކޮއްލެވެއެވެ. މިސާލް: ޒޫކޯ، އަޒޫލާ، އަޒޫލޯން، އޯރޒާއި. ކާޓޫނުގައި ދައްކާ ފަދައިން މި ޤައުމުގެ މީހުންގެ ހިތުގައި ފަޔަރ ލޯރޑާ ދޭތެރޭގައި ޤާދަރާއި އިޙްތިރާމް އުފެއްދުން ވަނީ ޒަމާނުއްސުރެއް ކުރެވެމުން އަންނަ ކަމަކަށެވެ. ކުޑަކުދިންގެ ޕަޕެޓް ޝޯވ އެއްގައި އޯޒާއި ޤައުމީ ބަތޮލެއްގެ ގޮތުގައި ދައްކާފައިވާ މަންޒަރުން މިކަން ވަރައް ރަނގަޅަށް ދޭހަ ވެގެން ދެއެވެ.
ބަލާބެލުމުން ފަޔާރ ނޭޝަންގެ ރައްޔިތުންނަކީ ކުޅި އެއްޗެއްސައް ލޯބިކުރާ ބައެއްކަން އެނގެއެވެ. ކާޓޫނުގައި ކާން ގެންގުޅުނު ކާނާގެ ނަން މިކަމައް އެދެވޭ ހެކިތަކެއް ކަމުގައި ދެކެމެވެ. (ފަޔަރ ފްލޭކްސް، ސިޒްލް ކްރިސްޕްސް.)
ފަޔާރ ނޭޝަންއާބެހޭ ހުރިހާ ލިއެކިއުމެއް މިބައިމީހުން ނައްތާލުމުގެ ސަބަބުން، މިހާހިސާބައް އާދެވުނުއިރު ފަޔާރ ނޭޝަންގެ ވެރިރައް، އާބާދީ، ޘަޤާފަތް އަދި ޖޯގުރަފީގޮން މިޤައުމު އޮންނަތަން ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ފަޔާރ ނޭޝަންގައި މިހާރު ވެރިކަން ކުރަނީ ޙުދެމުޙޮތާރު ވެރިއެއްކަމުގައިވާ އޯރޒާއިއެވެ. މީނާ އައިސްފައި ވަނީ އަލިފާން ހަތިޔާރެއްގެ ގޮތުގައި ބޭންކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އާއިލާއަކުންނެވެ. ފަޔާރ ނޭޝަންގައި ހިންގަމުންދަނީ ޑިކްޓޭޓާރ ނިޒާމަށެވެ. އަދި މިޤައުމު، އަނެއް ތިންޤައުމާ ހަނގުރާމައިގައި އޮންނަތާ އެއްގަރުނު ވެއްޖެއެވެ. މިހަނގުރާމައިގެ ބޭނުމަކީ ހުރިހާ ޤައުމެއް އަޅުވެތިކޮށް، މުޅިދުނިޔޭގެ ވެރިކަން ފަޔާރ ލޯރޑަށް ހޯދައިދިނުމެވެ.
މިހާހިސާބައް އައިއިރު ފަޔާރ ނޭޝަން ވަނީ ވައި ބޭނުން ގޮތަކަށް ބައްޓަންކޮއް ކޮންޓުރޯލް ކުރާ އެއާރ ނޯމެޑްސް އާއި ފެން ބޭނުން ގޮތަކަށް ބައްޓަންކޮއް ކޮންޓުރޯލް ކުރާ ސަދަން ވޯޓާރ ޓްރައިބް ގެ ޤައުމުގެ މައްޗައް ވެރިވެ މި ދެޤައުމު ނެތުމުގެ ތެރެއައް ފޮނުވާލާފައެވެ.

ފަޔާރ ނޭޝަންއަކީ އަސްކަރީގޮތުން އެންމެ ބާރުގަދަ ޤައުމެވެ. އާދަޔާޙިލާފު ބޮޑު ގިނިހިލައެއްގެ ބޭނުންކޮއްގެން މިމީހުން ވަނީ ހަނގުރާމަ ފެށުނުތާ ކައިރީ އެއާރ ނޯމެޑްސް ބަލިކޮއް، ނައްތާލާފައެވެ. މިހާރު އެއްފަހަރާ ދެޤައުމާ ހަނގުރާމަ ކުރަމުންދާ ފަޔާރ ނޭޝަން އަދިވެސް ދަނީ ހަނގުރާމައިގައި އަތްގަދަކުރަމުންނެވެ. ނަސްރު ހޯފަމުންނެވެ. އަދި އެވެޓާރ މިހަނގުރާމައިގައި ފަޔާރ ނޭޝަންއާއި ދެކޮޅައް ނުނިކުމެއްޖެ ނަމަ، މިދެޤައުމު ބަލިކޮއް ފަޔާރ ނޭޝަން ކާމިޔާބީ ހޯދާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.
މިހާރު ވޯޓާރ ޓްރައިބް ގައި ހަނގުރާމައަށް ނުކުންނާނޭ ލަޝްކަރެއް ނެތެވެ. ހަމައެހެންމެ، އާރތް ކިންގްޑޮމް ގައިވެސް މިފަދަ ބާރެއްނެތެވެ.

މިއަސްކަރީ ލަޝްކަރުގައި އެކުލެވިގެން ވަނީ ދެބާވަތެއްގެ ސިފައިންނެވެ. މީގެތެރެއިން އެއްބަޔަކީ ލޮންސި، އައްޑަނަ އަދި ކަނޑި ހިފައިގެންތިބޭ އާދައިގެ މީހުނެވެ، އަދި އަނެއްބަޔަކީ އިރުގެ ދޯދިން އަލިފާން އުފައްފައު، އެ އަލިފާން ކޮންޓްރޯލު ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެކެވެ. މީގެތެރެއިން މިޙާއްސަ ހުނަރުލިބިފައިވާ މީހުން ތިބެނީ ކައްބޮލާ ވައްތަރުކޮއް ހަދާފައިވާ މޫނުމަތިތަކެއް އަޅައިގެންނެވެ. ނަމަވެސް ވަރީންގެ ޙައިސިއްޔަތުގައި ތިބޭ ބޭފުޅުން މި މޫނުމަތި ނާޅުއްވާކަން ފާހަކަކުރެވެއެވެ. އަލިފާނުން ހަމަލާދޭ ސިފައިން ބޮލުގައި އަޅާނީ ހެލްމެޓެކެވެ. އަދި އާދައިގެ ސިފައިން އަޅަނީ ކޯނެއްހެން އިންނަ ހެލްމެޓެކެވެ. 

މީގެތެރޭގައި ކޮމޯޑޯ ރައިނޯއޭ ކިޔާ ބާވަތުގެ ޖަނަވާރައް ސަވާރުވެ ހަމަލާދޭ ބަޔަކުވެސް ހިމެނެއެވެ. މިޖަނަވާރަކީ ކޮމޯޑޯ ޑްރެގަން އަކަށާއި ރައިނޯސޯރަސް އަކަށް ލިބިފައިވާ ދަރި ގަނަވާރެވެ. މީގައި ތިން ދަޅާއި ދިގު ނަގުލެއް އިނދެއެވެ. މި ލަޝްކަރުގައިވާ މިބާވަތުގެ ހުރިހާ ޖަނަވާރެއްގައި ވެސް ވަނީ އަސްކަރީ ހެދުމާއި ސަލާމަތީ އައްޑަނަތައް އެޅުވިފައެވެ. މިޖަނަވާރު އާންމުގޮތެއްގައި ބޭނުން ކުރެވެނީ މީހުން އުފުލަންށާއި ގާޑިޔާ ދެމުމަށެވެ. އަދި ހަމައެހެންމެ ދުޝްމަނުން ބިރުގެންނެވުމަށް ވެސް ބޭނުންކުރެއެވެ.

ފަޔާރ ނޭޝަންގެ ލަޝްކަރުގައި ދަގަނޑު ޓޭންކަރުވެސް އެކުލެވެއެވެ. މިޓޭންކަރުތަކުގައި ބާގަނޑު ތަކެއް ކަނޑާފައި ވެއެވެ. މީގެބޭނުމަކީ އަލިފާން ބޯޅަ އުކުމެވެ، އަދި ތަންތާ ވަރުގަދަޔައް ވަކި ހިއްޕާލެވޭ ބުޅިތަކެއް ދޫކުރުމެވެ. މި ޓޭންކަރުތައް އުފައްދާފައި ވަނީ ފުރޮޅު ބަރިޔާ މައިގަނޑަ ދުރުދުރުގައެވެ. މީގެބޭނުމަކީ ދުޝްމަނުން މި އުޅަނދު ނުފުށަށް ޖެހިޔަސް އަމިއްލަޔަށް ރަނގަރު ފުށަށް ޖެހުމެވެ. ނަމަވެސް މި ޓޭންކަރުތައްވަނީ ފެނާދެކޮޅަށް ގަދަފަދަކަން ދައްކަން ނުކުޅެދިފައެވެ.

ޔޫ ޔަން ރުމާލުންނަކީ ކާނަލް ޝިނޫގެ ހަވާލުގެދަށުގައިވާ ވަރަށް ކުޅަދާނަ އަދި ހަމައެހާމެ އަމާޒު ޒުވާން ކުދިންކޮޅެކެވެ. ޒާއޯ ބުނާގޮތުންނަމަ މެއްސެއް މަރާނުލާ ގަހަކަށް މެއްސާއެކު 100ޔާޑު ދުރުން ތީރުޖަހާލުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެކެވެ. މިމީހުންގެ ހުނަރުވެރިކަމުގެ ހެކިދައްކީދޭ ދަލީލަކީ މިމީހުން އެވެޓާރ ހިފާ ހައްޔަރުކުރިކަމެވެ. ނަމަވެސް އެވެޓާރގެ ކުޅަދާނަކަމުން ކޮންމެފަހަރަކުވެސް ފިލައިގެއްދަނީއެވެ.

ޖަޕާނުބަހުން ޝިނޫގެ މާނައަކީ މަރުވާން މިއެވެ.

ފަޔާރ ނޭޝަންގެ ކަނޑުމަތީ ލަޝްކަރުގެ އުޅަނދުތައް ހަދައިފައިވަނީ ދެލިން ހަކަތަ ދޭގޮތަށެވެ. އަދި އުޅަނދު ބަނދެފައިވަނީ ދަގަނޑުންނެވެ. މީގެ ފޮރުވިފައިވާ ސިއްރަކީ އާރތް ކިންގްޑޮމް ގެ ސިފައިންނަށް އެބައިމީހުންގެ ބާރުބޭނުންކޮށްގެން މިމަނަވަރުތައް ހަލާކުނުކުރެވޭގޮތް ހެދުމެވެ. މިއުޅަނދުތައް ބޭނުންކުރަނީ ސިފައިން އުފުލުމަށާއި އެއްތަނުން އަނެއްތަނައް ބޮން އުފުލުމެވެ.

މި ކާޓޫނުގެ އެއް ބައިގައި އާރތް ކިންގްޑޮމް ގެ ސިފައިންގެ ބަޔަކު ހައްޔަރުކޮށް، ގަދަކަމުން މިމަނަވަރުތަކުގައި މަސައްކަތް ކުރުވިއެވެ. އަދި މިއުޅަނދުތައް ހަދާފައިވަނީ ދަގަނޑުން ކަމަށްވާތީ އެމީހުން ހިތްވަރުގެއްލީ ކަރުއެލުވާލިއެވެ.




#Article 74: ފީޑިންގ ފްރެންޒީ (ގޭމް) (170 words)


ފީޑިންގ ފްރެންޒީ އަކީ ސްޕްރޮއުޓް ގޭމްސް އިން ލިޔެ ޕޮޕް ކެޕް ގޭމްސް އިން ކުޑަކުދިންނަށް ހާއްސަ ކޮށް އުފައްދައި ތައްޔާރު ކޮށްފައިވާ ގޭމެކެވެ.

މިގޭމުގައި ގޭމް ކުޅޭ މީހާ ޖެހޭނީ ބަނޑުހައި ވެފައިވާ މޫދުގައި ދިރިއުޅޭ މަހެއް ކޮންޓްރޯލް ކުރާށެވެ. ތިމާއަށް ވުރެ އެހެނިހެން ކުޑަ މަސްތައް ކައިގެން ބޮޑުވުމަށެވެ. ކުޑަ މަސްތައް ކެވޭ ވަރަކުން ކުޅެމުންގެންދާ މަސް ބޮޑުވާނެއެވެ. ބޮޑުވުމުން މީގެ ކުރިން ނުކެވި ހުރި ބޮޑެތި މަސްތައް ކެވޭނެއެވެ. މިގޮތުން މި ގޭމުގެ 40 ލެވެލްގައި ޖެހޭނީ މިގޮތައް ފުޑް ޗެއިންގެ އެންމެ ކުރިއަށް އަރަންށެވެ. ކޮންމެ ލެވެލް އެއްވެސް ފެށޭނީ އެންމެ ކުޑަ މަހުންނެވެ. މިގޮތަށް މަސް އެންމެ ބޮޑުވުމުން ލެވެލް ނިމި ޖެހިގެން އޮންނަ ލެވެލް އަށް ދެވެއެވެ.

ގޭމުގައި ކޫޅުންތެރިޔާ ކުޅޭ ކޮންމެ މަހަކަށްވެސް ހާއްސަ ބާރުތަކެއް ލިބިގެންވެއެވެ. މިގޮތުން މަހުގެ އަވަސް މިން އިތުރު ކުރެވޭ ބޯނަހެއް ހިމެނިފައިވާ ފަދައިން އެއް ހިސާބެއްގައި އުޅޭ މަސްތައް އެއްފަހަރާ ކުޅުންތެރިޔާގެ މަހަށް ދަމައި ގަތުމުގެ ބާރު ލިބުން ހިމެނެއެވެ.

ފީޑިންގ ފްރެންޒީގެ މެކްރޯ މީޑިޔާ ވާރޝަން އެމް.އެސް.އެން ގޭމިންގ ޒޯން އިން އޮނލައިންކޮށް ހިލޭ ކުޅެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިގޮތަށް ކުޅޭ އިރު ކުޅުންތެރިޔާ އަށް ކުޅެން ލިބޭ ލެވެލްތަކުގެ އަދަދު މަދުވާނެއެވެ. ފީޑިންގ ފްރެންޒީގެ ޑިލަކްސް ވާރޝަން ޓްރަޔަލް އެއްގެ ގޮތުގައި، އަދި ފީޑިންގ ފްރެންޒީ އިންޓަރނެޓުން ހިލޭ ޑައުންލޯޑް ކޮށްގެން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރަށް މިގޭމުގެ އެކްސް ބޮކްސް (Xbox) އަދި އެކްސް ބޮކްސް 360 (Xbox 360) ގެ ވާރޝަން ވެސް ލިބެން ހުރެއެވެ.




#Article 75: ލެކްސް ލޫތަރ (153 words)


ލެކްސް ލޫތަރ އަކީ ޑި.ސީ ކޮމިކްސް ގެ ފަރާތުން އުފައްދާފައިވާ ޚިޔާލީ ޝަހްސިއްޔަތެކެވެ. މީނާ އަކީ ސުޕަރމޭންގައި ނުބައިބައި ރޯލް އަދާ ކުރާ މީހާ އެވެ. ޖެރީ ސީގަލް އާއި ޖޯ ޝަސްޓަރ އުފައްދާފައިވާ މި ޚިޔާލީ ޝަހްސިއްޔަތު ދުނިޔޭގެ ތެރެއަށް ފާޅުވެގެން އައީ އެކްޝަން ކޮމިކްސްގެ 32 އަދަދުންނެވެ. އެއީ 1940 ގައެވެ. 
ލެކްސް ލޫތާރ އަކީ ސުޕަރމޭންގައި އުޅޭ ޝަހްސިއްޔަތު ތަކުގެ ތެރެއިން ނަން ދެ ލާމުން ފެށޭ ޝަހްސިއްޔަތު ތަކުގެ ތެރެއިން އެއް ޝަހްސިއްޔަތެކެވެ. މީގެ ތެރޭގައި ލޮއިސް ލޭން، ލާނާ ލޭންގ އަދި ލޮރީ ލެމެރިސް ހިމެނެއެވެ. ސުޕަރމޭން އުޅޭ ކޮންމެ ކާރޓޫނެއް،ފިލްމެއް ނުވަތަ ވާހަކައެއްގައި ވިޔަސް ލޫތަރ އުޅޭ ކަން ފާހަނގަ ކުރެވެއެވެ.
ލެކްސްގެ އެންމެ ފުރަތަމަ ފެނިލުމުން މީނާ ފެނުނު އިރު މީނާގެ ބޮލުގައި ފަޅާފައި ހުރީ ރަތް ކުލައިގެ އިސްތަށްޓެވެ. ނަމަވެސް 1941ގައި ލެކްސް ފެނުނު އިރު މީނާގެ ހުރީ ތަލަ ބޮލެކެވެ. މީގެ އަސްލު ސަބަބެއްކަމުގައި ވަނީ ލެކްސް ލޫތަރ ކުރެހި ކުރެހުންތެރިޔާ މީނާ ކުރެހި އިރު އޮޅިގެން އޭނާގެ އިސްތަށިގަނޑު ނުކެރެހި ހުރުމެވެ. ޝަސްޓަރ އަށް މިކަން ކަމުގޮސް ލެކްސް ލޫތާރގެ އާ ސިފައާއި މެދު ވަރަށް ހިތްހަމަ ޖެހުމެވެ. އެހެން ކަމުން އޭނާ ޚިޔާރު ކުރީ އޭގެ ފަހުން ލެކްސް ލޫތާރގެ ސިފަ މިގޮތަށް ބަދަލު ކުރުމެވެ. އަދި އިސާހިތަކު ލެކްސް ލޫތާރގެ އަމިއްލަ ވަންތަ ސްޓައިލެއްގެ ގޮތުގައި އެކަން ބެލެވެން ފެށިއެވެ.




#Article 76: ލޭލާ (285 words)


ލޭލާ އަކީ ޑެރެކް އެންޑް ދަ ޑޮމިނޯސް ގެ އަލްބަމެއްކަމުގައިވާ ލޭލާ އަދި އަދާރ އެސޯރޓެޑް ލަވް ސޯންގސް ގައިވާ ލަވައަކަށް ކިޔާ ނަމެކެވެ. މި އަލްބަމް ރިލީޒް ކުރެވިފައިވަނީ 1970ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ލޭލާ ފާހަނަގަ ކުރެވިފައިވަނީ ރޮކް ލަވަ ތަކުގެ ތެރެއިން ފުން މާނަ އެއް އެކުލެވިގެންވާ ލޯބީގެ ލަވައެއްގެ ގޮތުގައެވެ. މިލަވަ ހަދާފައިވަނީ އެފަދަ ދެވަނައެއްނުވާ މޮޅު ގިޓާރ ކުޅުންތެރިޔާ އެރިކް ކްލެޕްޓަން އެވެ. އަދި ލަވަ ހެދުމުގައި ޖިމް ގޯރޑަން އެދެވޭ އެހީއެއް ވެފައިވެއެވެ.
މިލަވަ ހަދާފައިވަނީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާ ކޮށެވެ. އެރިކް ގެ ގާތް ރަހްމަތްތެރި އެއް ކަމަށްވާ ހެރިސަންގެ އަންހެނުން ޕެޓީ ބޯއިޑްގެ މައްޗަށް މީނާ ވީ ލޯތްބަށް ބިނާ ކޮށްފައެވެ. ލޭލާ އެންމެ ފުރަތަމަ އާއްމުންގެ ތެރެއަށް ނިކުތުމުން މިލަވައަށް އެދެވޭ ތާއިދެއް ނުލިބުނެވެ. ނަމަވެސް ފަހުން މިލަވަ ވަނީ ދެގޮތަކަށް ރިލީޒް ކޮށްފައެވެ. މިދެލަވަ ވެސް ވެގެން ދިޔައީ ދުނިޔޭގެ ޗާތޓުތަކު މަތީ އުޑު ތަކުގައި ގަދަޔަށް ފިޔަ ޖަހާލި ތަރިތަކެއް ފަދައިންނެވެ. ޗާރޓުތަކުގައި ފުރަތަމަ މިލަވަ ހިމެނުނީ  1972 ގައެވެ. އެއަށްފަހު މިލަވަ ޗާރޓު ތަކުން ފެނިގެން ދިޔައީ އޭގެ 20 އަހަރު ފަހުންނެވެ.

މިލަވައަށް ލޭލާ ކިޔުނީ މަޝްހޫރު ލޯބީގެ ވާހަކައެއްގެ މައްޗަށެވެ. ނެޒާމީ އޭ ކިޔުނު ޅެންވެރިއަކު ލިޔުއްވާފައިވާ ލައިލާ މަޖްނޫނު ގެ މައްޗަށެވެ. އެރިކް މިލަވަ ލިޔުމުގެ ދުވަސްކޮޅެއް އިއާން ޑެލެސް ނަމަކަށް ކިޔުނު އެރިކްގެ ރައްޓެއްސެއް އެރިކް އަށް މިވާހަކަ ދިންކަމުގައި ބުނެވެއެވެ. އަދި ބުނެވޭގޮތުގައި އިއާން ޑެލެސް ވަނީ އިސްލާމް ދީނަށް ވަނުމުގެ މަގުމަތީގައެވެ.؛
ޕެޓީ ހެރިސަން ގާތުން ވަރިވީ 1977 ވަނަ އަހަރުގައެވެ. އަދި އެރިކް އާއި ކައިވެނި ކުރީ 1979 ގައެވެ. ހެރިސަން ގެ ހިތުގައި މިކަމާ މެދު އެއްވެސް ހަސަދަ ވެރިކަމެއް ނުބާއްވައެވެ. އަދި އެކުގައި ދަ ބީޓްލްސް ގެ މެމްމެމްބަރުން ކަމުގައިވާ ރިންގޯ ސްޓަރ އާއި ޕައުލް މެކް ކާރޓްނީ އާއި އެކު ކުރީގެ އަނބި މީހާގެ ކައިވެނީގެ ހަފްލާ އަށްވެސް ދިޔައެވެ. ކައިވެނީގެ އަހަރުތަކުގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި ވޮންޑަރފުލް ޓުނައިޓް މި ލަވަ އެރިކް ލިޔުނެވެ. ނަމަވެސް ކައިވެންޏަށް އަހަރުތަކެއް ވީ ފަހުން ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެންފެށިއެވެ. ސަބަބަކަށް ވީ އެރިކް ރަލާ ދިމާލަށް އެނބުރުމާއި އިވޯން ޚާން ކެލީ ނަމަކަށް ކިޔުނު އަންހެނަކާއި އެކު އެރިކް ހިންގަމުން ދިޔަ ސިއްރު ލޯބީގެ ގުޅުމެވެ. 1985ގައި އެރިކް  ޕެޓީ ބޯއިޑް ދޫ ކޮށް އިޓަލީގެ ސުޕަރ މޮޑެލް އެއް ކަމުގައިވާ ލޯރީ ޑެލް ސެންޓޯ އާއި ގުޅުނެވެ. ފހުން މިދެމީހުންގެ ދަރިއެއްވެސް ހުރިއެވެ. އެރިކް އާއި ޕެޓީ ވަރިވީ އެތަކެއް ދުވަހު ދުރުގައި އުޅުމަށް ފަހު 1989 ގައެވެ.




#Article 77: 50 ފަސްޓް ޑޭޓްސް (118 words)


މިފިލުމުގެ ވާހަކަ ބިނާވެފައި ވަނީ މޫދުގައި އުޅޭ އެކިބާވަތް ބާވަތުގެ މަސްމަހާ މެއްސާބެހޭ ގޮތުން ތައުލީމު ހާސިލްކޮއްފައިވާ ހެންރީ ރޮތް (އެޑަމް ސޭންޑްލާރ) ގެ ލޯބީގެ ހަޔާތުގެ މައްޗަށެވެ. މީނާއަކީ ހަވާއީ ގައި ދިރިއުޅޭ މީހެކެވެ. އެއްދުވަހު ހެންރީ ސައިބޯންދާ ކެފޭއިން ހެންރީއަށް ވަރަށް ރީތި އަންހެންކުއްޖެއް، އާދެ ލޫސީ ވިޓްމޯރ (ޑްރޫ ބެރީމޯރ) ފެނެއެވެ. ހެންރީ، ލޫސީއާ ވާހަކަ ދައްކާ ރަހްމަތްތެރިވެ އެކުގައި ސައިބުޔެވެ. އަދި ލޫސީއާ ބައްދަލުކުރުމުގެ ނިޔަތުގައި އަނެއްދުވަހުވެސް އެކެފޭއަށް ދިޔައެވެ. ހިތާމައަކީ ލޫސީއަށް ހެންރީ އަކީކާކުކަން ނޭންގުމެވެ. 

ބެލުންތެރިން މިފިލްމާ ދޭތެރޭގައި ދެކިފައިވަނީ ދެކޮޅަށްވެސް ހަމަހަމަވާ ގޮތަކަށެވެ. ފާހަގަ ކޮއްލެވޭ ފަރާތް ތަކުން (ނިއުޔޯރކް ޓައިމްސް ފަދަ ފަރާތްތަކުން) ފިލްމަށް ތާއީދުކޮށް ވާހަކަ ދެއްކިއެވެ. އަދި ހިތާމަޔާއެކު ފާހަގަކުރީ މިފިލްމުގައި ޑްރަގުގެ ވާހަކަތައް ދައްކައިފާވާކަން ގިނަކަމެވެ.

އެމް.ޓީ.ވީ މޫވީ އެވޯރޑްސް ގެ އެންމެމޮޅު ބަތަލް އަދި ބަތޮލާގެ ޓީމުގެ އެވޯރޑް ހާސިލްކޮއްފައިވާ ސޭންޑްލާރ އާއި ބެރީމޯރ ބުނިގޮތުގައި، އެމީހުން އެންމެ ހިތްހަމަޖެހޭ ފިލުމަކީ މިއީއެވެ. މިދެތަރިން ވަނީ ފާހަގަކޮއްލެވޭ އެހެން ފިލްމުތައްވެސް އެކުގައި ކުޅެފައެވެ. މީގެތެރޭގައި ދަ ވެޑިންގ ސިންގާރ ހިމެނެއެވެ.




#Article 78: އިސްޓޭޖު ޑުރާމާ ނުވަތަ އިސްޓޭޖު ތަމްސީލު (1375 words)


ޑުރާމާގެ ތެރޭގައި އިސްޓޭޖު ޑުރާމާގެ އިތުރަށް ޓީ.ވީ އަށް ތައްޔާރުކުރާ ޑުރާމާއާއި ރޭޑިޔޯއަށް ތައްޔާރުކުރާ ޑުރާމާ ހިމެނެއެވެ. އުފެއްދުމަށް ބޭނުންވާ ފަންނީ ވަސީލަތްތަކުގައި ތަފާތުތަކެއް ވީނަމަވެސް މި އިން ކޮންމެ ވައްތަރެއްގެ ޑުރާމާއަކީވެސް އޭގައި އެއްގޮތް ސިފަތަކެއްވާ އެއްޗެކެވެ. 

އަދަބިއްޔާތުގައި ހިމެނޭ ދިގުވާހަކައާއި ކުރުވާހަކަ ނުވަތަ ޅެން ފަދަ އެއްޗެއްސަކީ ކިޔުމަށް ލިޔާ އެއްޗެއްސަށް ވީނަމަވެސް ޑުރާމާއަކީ ޙަރަކާތާއިއެކު ކުޅުމަށް ލިޔާ އެއްޗެކެވެ. ޑުރާމާއެއްގައި ދެކެވޭވާހަކަ (ޑައެލޮގު) އާއި ޙަރަކާތް ހިމެނެނީ މި ސަބަބަށްޓަކައެވެ. މޫނުމައްޗަށް ގެންނަ ތަފާތު އަސަރުތައްވެސް ހިމެނެނީ ޙަރަކާތުގެ ތެރޭގައެވެ.

ޑުރާމާގެ އަދަބިއްޔާތަކީ ވަރަށް ދޮށީ އަދަބިއްޔާތެކެވެ. ދުނިޔޭގެ އަދަބިއްޔާތުގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެންމެ ޤަދަރު ލިބިފައިވާ މަޝްހޫރު،މަޤުބޫލް އުފެއްދުން ތަކުގެތެރޭގައި ވަރަށް ގިނަ ޢަދަދެއްގެ ޑުރާމާ ހިމެނެއެވެ.
 
ޑުރާމާގެ ފަންނަކީ ވަރަށް ބޮޑަށް އެހެން މީހުންނަށް ބަރޯސާކުރަންޖެހޭ ފަންނެކެވެ. މިގޮތުން މޮޅު ޑުރާމާއެއް އުފަންވުމުގައި ތަމްސީލުކުރާމީހުންނާއި ތަމްސީލުކުރުވާމީހާ އަދި ފަރުމާކުރުންތެރިންގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ލިޔުންތެރިޔާ ކިތަންމެ މޮޅަށް ޑުރާމާ ލިޔުނުކަމަށް ވިޔަސް ބެލުންތެރިންނާއި ހަމައަށް މޮޅު ޑުރާމާ އެއްގެ ގޮތުގައި ގެނެސްދެވޭނީ ޑުރާމާ ކުޅުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ހުނަރުންނެވެ.   

ޢާއްމު ގޮތެއްގައި ޑުރާމާ ބެހެނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ހިތާމަވެރި ޑުރާމާ (ޓްރެޖެޑީ) އާއި ހެއްވާ ޑުރާމާ (ކޮމެޑީ) އެވެ. ޑުރާމާ މި ދެބަޔަށް ބެހި ބަޔަކީ ބޯދާ ޔޫނާނީންނެވެ. 

މީލާދީން ސާދަވަނަ ޤަރުނުން ފެށިގެން ޔޫރަޕަށް އައި ހޭލައިގަތުމުގެ ޒަމާނުގައި ޑުރާމާގެ ތަފާތު ވައްތަރުތައް އުފެދިގެން އައެވެ. މިގޮތުން އިނގިރޭސި އަދީބު ވިލިއަމް ޝެކްސްޕިޔަރު ތިން ބަޔަކަށް ޑުރާމާ ބަހާލިއެވެ. އެއީ ހިތާމަވެރި ޑުރާމާ  އާއި ހެއްވާ ޑުރާމާ  އަދި ތާރީޚީީ ޑުރާމާ (ހިސްޓްރީޒް) އެވެ. ހަމަ މިދުވަސްވަރު އިޓަލީވިލާތުގެ ޑުރާމާ ލިޔުންތެރީން، ހިތާމަވެރި ޑުރާމާ އާއި ހެއްވާ ޑުރާމާގެ ބައިތައް މަސްހުނިކޮށްގެން ހިތާމައާއި މަޖާ އެކުލެވޭ ޑުރާމާ (ޓްރެޖިކޮމެޑީ) އުފެއްދިއެވެ. 

މިއީ މުހިންމު އިޖްތިމާޢީ، ދީނީ ނުވަތަ މީހެއްގެ ދިރިއުޅުމުގެ މައްސަލައަކަށް ބިނާކޮށްފައި ހުންނަ ސީރިޔަސް ޑުރާމާއެވެ. މިވައްތަރުގެ ޑުރާމާގައި އޮންނާނީ ހިތާމަވެރި ނިމުމެކެވެ. 

ބޯދާ ޔޫނާނީންގެ ހިތާމަވެރި ޑުރާމާތަކުގައި ބަތަލު ނުވަތަ ބަތަލާ ވާންޖެހެނީ ނަސަބާއި ހަސަބުގެ ގޮތުން އަރާހުރި ނުވަތަ މުޖުތަމަޢުގައި ކަމުވޮށި މީހަކަށެވެ. ޢާންމު ގޮތެއްގައި ބަތަލު ނުވަތަ ބަތަލާ އަކީ ޚުލްޤު ރަނގަޅު މީހެކެވެ. އަދި ރަނގަޅު ކަންތައްތައް ކުރާ، ކުރަން ބޭނުންވާ މީހެކެވެ. ނަމަވެސް ޑުރާމާ ނިމިގެންދަނީ  ކުރެވޭ ކުށަކުން ނުވަތަ ތަޤުދީރު ނިޔާކުރި ގޮތުން ބަތަލު ނުވަތަ ބަތަލާ މަރުވެގެންނެވެެ. ނުވަތަ އޭނާއަށް މުޖުތަމަޢުގައި ލިބިހުރި ދަރަޖަ ބީވެގެންނެވެ.    

ބޯދާ ޔޫނާނީންގެ ހިތާމަވެރި ޑުރާމާތަކާއި ޚިލާފަށް މިޒަމާނުގެ ހިތާމަވެރި ޑުރާމާ ތަކުގައި ބަތަލު ނުވަތަ ބަތަލާއަކީ އާދައިގެ އާންމު މީހެކެވެ. ވަރަށް ގިނަފަހަރަށް އެއީ މެދުފަންތީގެ މީހެކެވެ. ޑުރާމާއިން ދައްކުވައި ދޭނީ އިޖްތިމާޢީ، ނުވަތަ ދިރިއުޅުމުގެ މައްސަލައެކެވެ.

މިއީ މާބޮޑު ސީރިޔަސްކަމެއް ނެތް ލުއި ޑުރާމާއެވެ. ހިތާމަވެރި ޑުރާމާ އާއި ޚިލާފަށް މިވައްތަރުގެ ޑުރާމާގައި ނިމުން އުފާވެރިވާނެއެވެ. ބޯދާ ޔޫނާނީން މިވައްތަރުގެ ޑުރާމާ ކުޅުނީ މައްސަލައެއްގެ ހައްލުހޯދުމުގައި ބަޔަކު ނުވަތަ މީހަކު ކުރާކަންތައް ތަކެއްގައި ދިމާވާ މަޖާކަންތައްތައް ދައްކުވައި ދިނުމަށެވެ. 

ހެއްވާ ޑުރާމާގެ އަދަބުގެ ތެރެއަށް ތަފާތު ވައްތަރުތަކުގެ ޑުރާމާ ވަނީ އުފަންވެފައެވެ. އޭގެ ތެރޭގައި ލޯބީގެ ޑުރާމާ (ރޮމޭންޓިކް)، އުޅުމާއި ގުޅުން ދައްކުވައިދޭ ޑުރާމާ (ޑުރާމާ އޮފް މެނަޒް)، މަލާމާތުގެ ޑުރާމާ (ސަޓަޔާރޒް) ހިމެނެއެވެ.

ލޯބީގެ ޑުރާމާގައި ތަފާތު މައްސަލަތައް ކުރިމަތިި ވަމުންދާ ލޯބީގެ ގުޅުމެއް ދައްކުވައި ދެއެވެ. ނަމަވެސް އެންމެ ފަހުން ނިމުން އަންނާނީ އުފާވެރި ކޮށެވެ.           

އުޅުމާއި ގުޅުން ދައްކުވައިދޭ ޑުރާމާގައި ދައްކުވައިދެނީ މުޖުތަމަޢުގެ މަތީ ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުމާއި އުޅުމުގެ ހަމަތަކެވެ. އަދި އެ ގުޅުންތަކާއި ހަމަތަކަށް ސަމާލުކަން ނުދިނުމުން ދިމާވާ މައްސަލަތަކެވެ. ނަމަވެސް ޑުރާމާގައި ހެއްވާގޮތް ހުންނާނެއެވެ. 

މަލާމާތުގެ ޑުރާމާގައި ހުންނާނީ ކޮންމެވެސް ބަޔަކަށް ހަޖޫ ކިޔާފައެވެ. ބޭނުމަކީ ކަމެއް ރަނގަޅުކުރުމެވެ. ނުވަތަ ލާބައަށްޓަކައި ކަމެއްވިޔަ ނުދިނުމެވެ. 

ޑުރާމާ އެއްގެ މާނަ ދެނެގަތުމަށާއި ޑުރާމާއަކާއި ދޭތެރޭ ބެލުންތެރިޔާ ގަޔާވުމުގައި ޑުރާމާގައި ހިމެނޭ ބައެއް ކަންތައްތައް އެހީތެރިވެދީ ނުފޫޒު ފޯރުވައެވެ. މިގޮތުންް، ޑުރާމާގައި ދައްކުވައިދޭ ތަނާއި (ސެޓިން) ރޭވުންގަނޑުގެ އިތުރުން މުމައްޘިލުން ޝަޚްޞިއްޔަތުންނަށް ދިރުން ގެންނަ ގޮތާއި ޑުރާމާގެ މަޢުޟޫޢު އަދި ޑުރެމެޓިކް އައިރޮނީ އަކީ ފާހަގަކުރެވޭ ކަންތައްތަކެވެ. 

ޑުރާމާގެ ވެށި (އެންވައިރޮންމެންޓް ނުވަތަ ސެޓިން) ގެ ތެރޭގައި ހިމެނެނީ ޑުރާމާއަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އިސްޓޭޖާއި އިސްޓޭޖު މަތީގައި ބޭނުންކުރާ ތަކެއްޗެެވެ. ބޭނުންކުރާ އިސްޓޭޖު ފަރުމާކޮށްފައިވާގޮތުގެ  ސަބަބުން ޑުރާމާގައި ހިނގާ ޙާދިސާތަކާއި ދައްކުވައިދޭ ޒަމާން ބެލުންތެރީންނަށް ސާފުކޮށްދެއެވެ. ބެލުންތެރީންނަށް  ޑުރާމާ ދޭހަވުމަށް އެހީއަކަށް ވެއެވެ.  

ޑުރާމާގެ އޮނިގަނޑަކީ  ޑުރާމާ ބައިކޮށްފައިވާ ގޮތެވެ. ޑުރާމާތައް ބައިކޮށްފައި ހުންނަނީ ފަރުދާ (އެކްޓް) އަށާއި މަންޒަރަށެވެ. ޑުރާމާގައި އޮންނާނެ ފަރުދާގެ ޢަދަދާއި މަންޒަރުގެ ޢަދަދު ކަނޑައަޅަނީ ޑުރާމާލިޔުންތެރިޔާއެވެ. 

ގިނަ ފަހަރަށް  ޑުރާމާގެ ރޭވުންގަނޑު އޮންނަނީ ކުރުވާހަކައެއް ނުވަތަ ނާވިލެއްގެ ރޭވުންގަނޑާއި ދާދި އެއްގޮތަށެވެ. ރޭވުންގަނޑުގައި ހިމެނެނީ ތަޢާރަފާއި މައްސަލަޖެހުން، މައްސަލައިގެ ކުންނު އަދި މައްސަލަ ހައްލުވުމެވެ. ޑުރާމާ ރާވާފައި އޮންނާނީ ކުރެހުމުގައިވާ ގޮތަށް،  މަންޒަރުތައް ކުރިއަށް ދިޔަވަރަކަށް،ޑުރާމާ ފެށޭއިރު އުފައްދާ ޝައުޤުވެރިކަން މައްޗަށް ދާގޮތަށެވެ. އުފެދުނު މައްސަލަ އޭގެ ކުންނަށް ދިޔުމަށްފަހު މަޑުމަޑުން ޝައުޤުވެރިކަން ދަށަށްދާން ފަށައެވެ. އިސާހިތަކު މައްސަލަ ޙައްލުވެ، ޑުރާމާނިމެއެވެ.  

ޝަޚްޞިއްޔަތުންނަށް ދިރުންގެނައުމަކީ  މުމައްޘިލުންގެ ތަމްސީލުކުރުމުން ޝަޚްޞިއްޔަތުންގެ ސިފަތައް ދައްކުވައިދިނުމެވެ. ލިޔުންތެރިޔާ ކަރުދާހުގައި ގެނެސްދީފައިވާ ޝަޚްޞިއްޔަތު އިސްޓޭޖުމަތީގައި ބެލުންތެރިންނަށް ހުށަހަޅާގޮތް ޑުރާމާއެއް ތަހުލީލުކުރާއިރު ބެލުން މުހިންމެވެ. ޝަޚްޞިއްޔަތުގެ ސިފަތައް ދައްކުވައިދިނުމުގައި  ބޭރުގެ ސިފަތަކާއި އެތެރޭގެ ސިފަތައް ދައްކުވައިދެއެވެ. ބޭރުގެ ސިފަތަކުގެ ތެރޭގައި ހިމެނޭނީ ޖިސްމާނީ ސިފަތަކެވެ. އެތެރޭގެ ސިފަތަކުގެ ތެރޭގައި ހިމެނޭނީ ނަފުސާނީ، ރޫޙީ ސިފަތަކެވެ. ވިސްނުމާއި އިޙްސާސްއާއި ޖަޒުބާތެވެ. 

ޑުރާމާގައި އަދާކުރާ ދައުރުގެ ގޮތުން  ޝަޚްޞިއްޔަތުން ތަފާތުވެއެވެ. ޝަޚްޞިއްޔަތުންގެ ތެރެއިން އިސްކޮށް ރަނގަޅަށް ހުންނާނީ ބަތަލު ނުވަތަ ބަތަލާއެވެ. ބަތަލު ނުވަތަ ބަތަލާއަށް މައްސަލަތައް ކުރިމަތި ކުރުވާނީ ނުބައި ޝަޚްޞިއްޔަތެވެ. މީގެ އިތުރުން އެހީތެރިވާ ޝަޚްޞިއްޔަތުން (ނުވަތަ ސްޓޮކު ކަރެކްޓާޒް) އުޅެއެވެ. އެއީ ބަތަލު ނުވަތަ ބަތަލާގެ އެކުވެރިންނާއި ނުބައި ޝަޚްޞިއްޔަތުގެ ބައިވެރިންނެވެ. އަދި މިނޫނަސް މައިގަނޑު ދައުރެއް އަދާނުކުރާ ޝަޚްޞިއްޔަތުންނަކީ އެހީތެރިވާ ޝަޚްޞިއްޔަތުންނެވެ.   

ޑުރާމާގެ މަޢުޟޫޢު އަކީ ބެލުންތެރިންނަށް ޑުރާމާލިޔުންތެރިޔާ ދޭ މެސެޖެވެ. ޑުރެމެޓިކް އައިރޮނީ އަކީ ބެލުންތެރިންނަށް އެނގޭ ޙަޤީޤަތެއް ޑުރާމާގެ ޝަޚްޞިއްޔަތަކަށް ނޭނގި އޮތުމެވެ. ނުވަތަ ބެލުންތެރިންނަށް އެނގިފައި އޮތްގޮތާއި ދިމާއިދިކޮޅަށް ޑުރާމާގެ ޝަޚްޞިއްޔަތަކަށް އެނގިފައި އޮތުމެވެ.

މިސާލަކަށް؛ އިޑިޕަސް ޑުރާމާގައި، ލައިއޯސްގެެ ޤާތިލަށް އިޑިޕަސް ބަދު ދުޢާކުރެއެވެ. ޙަޤީޤަތަކީ ލައިއޯސްގެ ޤާތިލަކީ، ޚުދު އިޑިޕަސްއަށް ވާކަމެވެ. ނޭނގިހުރެ އަމިއްލަ ނަފުސަށް ބަދުދުޢާކުރެވުނީ އެވެ.

ރޫމީންގެ ލިޔުންތެރިޔާ ހޮރޭސް އަދަބިއްޔާތާއި މެދު ޚާއްސަކޮށް ޑުރާމާއާއި މެދު ބުނެފައިވަނީ ޑުރާމާގެ ބޭނުމަކީ ހިތްހަމަޖައްސައި ދިނުމާއި އިރުޝާދު ދިނުންކަމަށެވެ. މިއަދާހަމައަށްވެސް ޑުރާމާއާދޭތެރޭ ބެލެވެނީ ހޮރޭސް ބުނެފައިވާ ގޮތަށެވެ.  

ޑުރާމާއެއް ބިނާވަނީ ވިޔުންގަނޑު (ޕުލޮޓް)، ޝަޚްޞިއްޔަތުން (ކަރެކްޓާޒް)، ޙަރަކާތް (އެކްޝަން) އަދި ދެކެވޭވާހަކަ (ޑައެލޮގު) ގެ މައްޗަށެވެ. 
ހ. ވިޔުންގަނޑު: ވާހަކައިގެ ވިޔުންގަނޑެކޭ އެއްގޮތަށް ޑުރާމާގެ ވިޔުންގަނޑުވެސް އެކުލެވެނީ މައްސަލަޖެހުމާއި، މައްސަލަ ހައްލުވުމާއި ނިމުމުގެ މައްޗަށެވެ. ޑުރާމާގެ ވާހަކަގައި އޮންނަ މައްސަލަ އޮންނާނީ ކުރިއަށް ދިޔަވަރަކަށް ބެލުންތެރިންގެ ޝަޤުވެރިކަން މައްޗަށްދާގޮތަށެވެ. ވިޔުންގަނޑުގައި ހިމެނޭ ޙާދިސާތައް ކުރިއަށް ދާނީ އެއް ޙާދިސާއާއާއި އަނެއް ޙާދިސާ ގުޅެމުންނެވެ. 
ށ. ޝަޚްޞިއްޔަތުން: ބެލުންތެރިންނަށް އިސްޓޭޖުމަތީގައި ޑުރާމާ ހުށަހަޅައިދޭ ބަޔަކީ ޝަޚްޞިއްޔަތުންނެވެ. ފުންކޮށް ތަރައްޤީކޮށްފައިވާ ފުރިހަމަ ޝަޚްޞިއްޔަތުން ޑުރާމާގައި ހިމަނަންޖެހޭނެއެވެ.  ޝަޚްޞިއްޔަތުންގެ ޙަރަކާތްތައް ވާންޖެހޭނީ ބުއްދިއަށް ޤަބޫލްކުރެވޭ ފަދަ ޙަޤީޤަތާއި އެއްގޮތް ޙަރަކާތްތަކަކަށެވެ.  
ނ. ހަރަކާތް:  ޝަޚްޞިއްޔަތުންގެ ޙަރަކާތުން އެއީ ކޮންކަހަލަ ބައެއްކަން ބެލުންތެރިންނަށް ހާމަވާންޖެހޭނެއެވެ.   
ރ: ދެކެވޭވާހަކަ:  ޑުރާމާގެ ވާހަކަ ކުރިއަށް ގެންދިޔުމުގައި ދެކޭވޭވާހަކައަކީ އެންމެ މުހިންމު ބައެވެ. ދެކެވޭވާހަކައިން ޑުރާމާގައި ހިމެނޭ މީހުންގެ އެތެރެއާއި ބޭރުފުށުގެ ސިފަތަށް ހާމަވާނެއެވެ. ޝަޚްޞިއްޔަތުންނާއި ގުޅޭގޮތަށް، ޝަޚްޞިއްޔަތުންގައި ހުންނަ ސިފަތައް ދައްކުވައިދޭ ގޮތަށް ދެކެވޭވާހަކަ ލިޔުން މުހިންމެވެ.      

ދިވެހި ބަހުން އެންމެ ފުރަތަމަ ޑުރާމާއެއް ލިޔުއްވައި ތަމްސީލުކުރުވީ މުހަންމަދު އަމީން ދީދީ ކަމަށް ވެއެވެ. ދިވެހި ފުރަތަމަ ޑުރާމާގެ ނަމަކީ  ފުރިފައި ހުރިއެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. މި ޑުރާމާ ތަމްސީލުކުރީ ދާރުލްޢިޤާމާގައި ކިޔަވަންތިބި ދަރިވަރުންނެވެ. މުހަންމަދު އަމީން ހައެއްކަ ޑުރާމާ ލިޔުއްވާފައި ވެއެވެ. މުޙަންމަދު އަމީން ދީދީއަށް ފަހު މުޙަންމަދު ޖަމީލް ދީދީއާއި ސިނަފް އަކީ ދިވެހި އަދަބުގައި ފާހަގަކޮށްލެވޭ ޑުރާމާ ލިޔުންތެރި އަދީބުންނެވެ. 

އަމީނީ ދައުރަށްފަހު ދިވެހި އަދަބަށް އައި ޚަރީފު ދުވަސްތަކަށް ފަހު، ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެހި ޑުރާމާގެ އެންމެ ފާހަގަކުރެވޭ ޑުރާމާލިޔުން ތެރިޔަކީ ސިނަފްއެވެ. ފަހަކަށް އައިސް ފާހަގަކުރެވުނު ދިވެހި ޑުރާމާއެއްގެ ގޮތުގައި މުންކޮގެ މިއާއޯ ޑުރާމާ ހިމެނޭނެއެވެ.  

އަދަބިއްޔާތަކީ އެއަށް ޒަމާނުގެ އަސަރުކުރާ، ބަދަލުވަމުންދާ އެއްޗެއްކަމުން ޑުރާމާގެ ފަންނަށްވެސް ބަދަލު އަންނަމުންދެއެވެ. މިގޮތުން މުޖުތަމަޢުގެ މައްސަލަތަކާއި ދިރިއުޅުން ވީހާވެސް ޙަޤީޤަތާއި އެއްގޮތަށް ތެދުވެރިކަމާއި އެކު ހުށަހެޅުމުގެ ޝައުޤުވެރިކަން ޔޫރަޕްގެ ޑުރާމާލިޔުންތެރީންގެ ހިތުގައި މީލާދީން ނަވާރަ ވަނަ ޤަރުނުގެ މެދުތެރޭގައި އުފެދުނެވެ. މި ޝައުގުވެރިކަމުގެ ނަތީޖާ އަކަށްވީ ރިއަލިޒަމް އުފެދިގެން އައުމެވެ. އަދަބާއި ފަންނުގައި ރިއަލިޒަމޭ ބުނެވެނީ އިންސާނާގެ ދިރިއުޅުމާއި މުޖުތަމަޢު، އުނިއިތުރު ކުރުމެއްނެތި ޙަޤީޤަތާއި އެއްގޮތަށް ގެނެސްދިނުމަށެވެ. ރިއަލިޒަމާއި އެކު މުޖުތަމަޢުގެ މައްސަލަތައް ދައްކުވައިދޭ، އިޖްތިމާޢީ ޑުރާމާ (ސޯޝަލް ޑުރާމާ) އުފެދިގެން އައެވެ.

މުޖުތަމަޢުގެ މައްސަލަތައް ދައްކުވައިދޭ، އިޖްތިމާޢީ ޑުރާމާގެ އެންމެ އަރާހުރި ޑުރާމާލިޔުންތެރިންގެ ތެރޭގައި ނޯވޭގެ ހެންރިކް އިބްސެން ހިމެނެއެވެ.  ހެންރިކް އިބްސެންގެ ޑުރާމާތަކާއި އެކު މިޒަމާނުގެ ތިއޭޓަރ ނުވަތަ ޑުރާމާގެ ފަންނު އުފެދިގެން އައި ކަމަށް ބެލިދާނެއެވެ. އެހެނީ، ޙަޤީޤަތާއި އެއްގޮތް އިޖްތިމާޢީ ޑުރާމާތަކުގެ މަގުބޫލުކަން އިތުރުވެ، ޑުރާމާގެ މި އުސްލޫބު ޔޫރަޕްގެ ޑުރާމާލިޔުންތެރިން އިބްސެން އަށްފަހު ނަކަލުކުރަން ފެށިއެވެ. އެއާއި އެކު ޑުރާމާލިޔުންތެރީންގެ އައު ޖީލެއް ޔޫރަޕްގައި އުފެދުނެވެ. 

ޙަޤީޤަތާއި އެއްގޮތް އަދަބިއްޔާތުގެ  ޙަރަކާތަށް (ނުވަތަ ރިއަލިޒަމަށް) ފަހުވެސް އަދަބިއްޔާތުގެ ތަފާތު ޙަރަކާތްތައް ތަޢާރަފްވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޑްރާމާގެ އަދަބުވެސް ތަފާތުވަމުން ދިޔައެވެ.    

ލިޔަން ފެށުމުގެ ކުރީން ލިޔާނެގޮތް ރާވާށެވެ. ލިޔާނެގޮތް ރާވައި ޚިޔާލު އުފެއްދުމަށްޓަކައި ތިރީގައި މިވާ ސުވާލުތައް އުފައްދައި އެއަށް ޖަވާބު ހޯދާށެވެ. 
ހ. މައިގަނޑު ޝަޙްޞިއްޔަތަކީ ކާކުހެއްޔެވެ؟ 
ށ. އޭނާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ 
ނ. އޭނާ ބޭނުންވާ ކަންތައް ހޯދައި ގަތުމުގައި ދިމާވި ތުރާލަކީ ކޮބައި ހެއްޔެވެ؟ 
ރ. އޭނާ ބޭނުންވާ ކަންތައް ހޯދައި ގަތުމަށް ބޭނުންކުރާ އުކުޅަކީ ނުވަތަ ވަސީލަތަކީ ކޮބައިހެއްޔެވެ؟ 
ބ. ބޭނުންވާ ކަންތައް ހޯދައި ގަތުމުގައި އޭނާ ކާމިޔާބު ހޯދާހެއްޔެވެ؟ 
ޅ. ދިމާވި ތުރާތައް ހައްލުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވީ ކިހިނެއްހެއްޔެވެ؟ 

ފިޔަވަޅު 1
ލިޔަން ގަސްތުކުރާ ޑުރާމާގެ އަމާޒަކީ ކޮބައިހެއްޔެވެ؟ ކޮންމެ ވާހަކައެއްވެސް ކިޔައިދޭންޖެހޭ ސަބަބެއް އޮންނާނެއެވެ. ކަލޭގެ ވާހަކަ ކިޔައިދޭން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ 

މިސާލަކަށް: ކަލޭ ލިޔަން ގަސްތުކުރާ ޑުރާމާއިން ދައްކުވައިދޭން ބޭނުންވަނީ ފުރާ ޢުމުރުގެ ޔަތީމު ދެކުދިންގެ ދިރި އުޅުމުގައި ދިމާވާ ދަތި އުނދަގޫތަކެވެ. 

ފިޔަވަޅު 2
ފިޔަވަޅު 1 ގައި ދީފައިވާ މިސާލުގައި އެވާ ޚިޔާލު އިތުރަށް ފުޅާކުރާށެވެ. މިފަހަރު ވިޔުންގަނޑުގެ ޚުލާޞާއެާއެް ލިޔެލާށެވެ. ޚުލާޞާގައި ފެށުމެއް، މައިގަނޑެއް، އަދި ނިމުމެއް ގެންނަން ވާނެއެވެ. 

މިސާލަކަށް: ކަލޭ ލިޔަން ގަސްތުކުރީ ފުރާޢުމުރުގެ ޔަތީމުކުއްޖެއްގެ ޙަޔާތުން ދުވަހެކެވެ. އެ ދުވަހަކީ އޭނާގެ ބަލި ކޮއްކޮއަށް ބޭނުންވާ މުހިންމު ބޭހެއް ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަޖުބޫރުވެގެން، އޭނާ ފިހާރަޔަކުން ވައްކަންކުރި ދުވަހެކެވެ. ފިހާރައިން ވައްކަންކޮށްގެން ނުކުންނަނިކޮށް ފިހާރައިގެ ފާރަވެރިން އޭނާ ހިފަހައްޓައި ފުލުހުންނާއި ޙަވާލުކުރެއެވެ.  

ފިޔަވަޅު 3
ތިޔަ ލިޔުނު ލިޔުމުން މިބުނާ ބައިތައް ފާހަގަކުރާށެވެ. 
i.	 މަޢުޟޫޢު 
ii.	 ޙާދިސާ ހިނގާތަން (ޑުރާމާގެ ވެށި)
iii.	 ޝަޚްޞިއްޔަތުން 
iv.	 ވިޔުންގަނޑު 

މިސާލަކަށް: ކަލޭ ލިޔަން ތިޔަ ފެށި ޑުރާމާއިން ދައްކުވައިދެނީ ފުރާޢުމުރުގެ ޔަތީމު ދެކުދީންގެ ދަތި ދިރިއުޅުމެވެ. (ޔަތީމު ދެކުދީންގެ ދަތި ދިރިއުޅުން؛ މިއީ މަޢުޟޫޢު އެވެ.) ކަލޭ އެ ދެބެންގެ ދިރިއުޅުން ދައްކުވައިދެނީ ދޮށީ ކުއްޖާގެ ޙަޔާތުން އެއް ދުވަސް ހުށަހަޅައިގެންނެވެ. (ދޮށީ ކުއްޖާއަކީ މައި ޝަޚްޞިއްޔަތެވެ.) ވާހަކައިގައި އުޅޭ އިތުރު މީހުންނަކީ، ކޮއްކޮ، ޑަކުޓަރު، ފިހާރައިގެ ފާރަވެރިން، ފުލުހުންނެވެ. (މިއީ އެހީތެރިވާ ޝަޚްޞިއްޔަތުންނެވެ.) ހާދިސާތައް ހިނގަނީ ކުލިނިކެއްގެ ތެރޭގައާއި ފިހާރައެއްގައި، އަދި ފުލުސް އޮފީހުގައެވެ. (މިއީ ޑުރާމާގެ ވެއްޓެވެ.) ޙާދިސާތައް ގުޅެމުން ދިޔުމަކީ ވިޔުންގަނޑެވެ. 

ފިޔަވަޅު 4
ކަލެޔަށް މިހާރު ތިޔަ އޮތީ ރަނގަޅަށް ލިޔަން ފަށައިގަނެވިފައެވެ. ވިޔުންގަނޑުގައި ހިމެނޭ ޙާދިސާތައް ހިނގާނެ ގޮތް ތަރުތީބުކުރާށެވެ. މިގޮތުން ހިނގާނީ ކޮން ޙާދިސާތަކެއްކަން ކަނޑައަޅާށެވެ. އެ ޙާދިސާތައް ހިނގާނީ ކިހިނެއްކަމާއި ކޮންއިރަކުކަންވެސް ކަނޑައަޅާށެވެ. 

ޝަޚްޞިއްޔަތުން ބޭނުންކޮށްގެން ވާހަކަ ކުރިއަށް ގެންދާށެވެ. ޝަޚްޞިއްޔަތުންތައް ތަރައްޤީކުރާށެވެ. ޑުރާމާ ކިޔާމީހާއަށް އެއީ ކޮންބައެއްކަން އެނގޭވަރަށް އެމީހުންގެ މިޒާޖާއި އިތުރު ސިފަތައް ހުށަހަޅާށެވެ. 

ލިޔަމުން ދާއިރު ދެކެވޭވާހަކަ އަށް ސަމާލުކަން ދޭށެވެ. މޮޅު، ފިޠުރީގޮތްހުރި ދެކެވޭވާހަކައެއް ލިޔުން އެއީ ޑުރާމާލިޔުންތެރިނަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމެވެ. ކުރިންވެސް ބުނިފަދައިން ޑުރާމާގެ ވާހަކަ ކުރިއަށް ގެންދާނީ ޝަޚްޞިއްޔަތުން ބޭނުންކޮށްގެންނެވެ. ވީމާ ދެކެވޭވާހަކަޔަކީ މުހިންމުބައެކެވެ. މީގެ އިތުރަށް އިސްޓޭޖުގެ މަންޒަރުތައްވެސް ޑުރާމާގެ ވާހަކަ ކުރިއަށް ގެންދިޔުމުގައި މުހިންމެވެ. ސަބަބަކީ އިސްޓޭޖު މަންޒަރުތަކުން ވަރަށްގިނަ ކަންތައްތައް ދޭހަވާނެތީއެވެ. 

ފިޔަވަޅު 5  
ލިޔުނު ޑުރާމާ ފާޑުކިޔުމުގެ ނަޒަރަކުން ކިޔާށެވެ. އެއަށްފަހު ތިރީގައި މިވާ ސުވާލުތައްކުރާށެވެ. 
i.	ޑުރާމާގެ ފެށުން އޮތީ ބެލުންތެރިން ޝައުޤުވެރިވާ ގޮތަށް ހެއްޔެވެ؟ 
ii.	ވާހަކަ ރަނގަޅަށް ކިޔައިދެވުނު ހެއްޔެވެ؟ ބެލުންތެރިންނަށް ވާހަކަ ރަނގަޅަށް ދޭހަވާނެހެން ހީވޭ ހެއްޔެވެ؟ 
iii.	މަންޒަރުތައް ރަނގަޅަށް ގެނެސްދެވިފައިިވޭ ހެއްޔެވެ؟ ޝަޚްޞިއްޔަތުން ރަގަޅަށް ހުށަހެޅިފައި ވޭހެއްޔެވެ؟ 
iv.	ނިމެންދެން ޝައުޤުވެރިކަން ހިފެހެއްޓިފައިވޭހެއްޔެވެ؟ 
v.	ޑުރާމާގައި ވާ މައްސަލަ ކޮޅެއްގައި ޖައްސާ ނިންމުނު ހެއްޔެވެ؟ 

ހިތްހަމަނުޖެހޭނަމަ އަލުން ލިޔާށެވެ. ޝަޚްޞިއްޔަތެއް އުނިކުރުމުން ނުވަތަ އިތުރުކުރުމުން ފުރިހަމަވާނެހެން ހީވާނަމަ އެގޮތަށް ކަންތައްކުރާށެވެ.




#Article 79: ވާ ދެމުން (112 words)


ވާ ދެމުމަކީ ދެ ޓީމެއްގެ މީހުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮއް ވަރުގަދައީ ކޮންޓީމެއްތޯ ހޯދުމަށް ކުޅޭ ކުޅިވަރެކެވެ. ދެޓީމުގައިވެސް ތިބެވޭނީ އަށް މީހުންނަށެވެ. އެ ގިސްމެއްގެ ބަރުދަން ކަނޑެއެޅިފައި ވާވަރަށް ވުރެން ޓީމުގެބަރުދަން އިތުރުވުމަކީ މަނާކަމެކެވެ.

ވަލުގެ ފުޅާމިނުގައި 10 ސެންޓިމީޓަރުވަރު އާންމުގޮތެއްގައި ހުރެއެވެ. ވަލުގެ މެދު ވަނީ ހާމަގޮތެއްގައި ފާހަގަ ކޮއްފައެވެ. އަދި މެދުން ފެށިގެން ކޮންމެ ކޮޅެއްގައި ހަތަރު ފޫޓު ފާހަގަ ކޮއްފައި ވެއެވެ. ވާދަމަން ފަށާއިރު މެދުގައި ޖަހާފައިވާ ފާހަގަ ބިންމަތީގައި ޖަހާފައިވާ ފާހަގަޔަކާ ދިމާކުރެއެވެ. ކުޅިވަރު ފެށެނީ ރެފްރީގެ ކަށިގަނޑުގެ އަޑާއެކުގައެވެ. މޮޅުވުމަށް އިދިކޮޅު ޓީމު މެންބަރުން ކައިރީގައި ޖަހާފައިވާ ފާހަގަ (މެދުން ފެށިގެން ކޮންމެ ކޮޅެއްގައި ހަތަރު ފޫޓު ފާހަގަ ކޮއްފައި ޖަހާފައިވާ ފާހަގަ) ބިމުގައި މެދު ފާހަގަކުރަން ޖަހާފައިވާ ފާހަގަޔާ އެއްހަމަ ކުރަންޖެހެއެވެ. ނޫނީ އިދިކޮޅު ޓީމު މެންބަރެއް ފައުލް ވާން ޖެހެއެވެ. ފައުލް ވާނީ ވެއްޓުމުން ނުވަތަ އިށީނުމުންނެވެ.
ވާދެމުމަކީ އެކި ގައުމުތަކުގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައިވެސްމެއެވެ. ގޭގޭގަޔާއި ޖަމިއްޔާ ފެންވަރުގައިވެސް މިކުޅިވަރު ކުޅެއުޅެއެވެ.




#Article 80: ވޯޓާރ ޓްރައިބް (157 words)


ވޯޓާރ ޓްރައިބް އަކީ މަޝްހޫރު ކާރޓޫނު ސިލްސިލާ އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ ގައި ފެނިގެންދާ ޚިޔާލީ ހަތަރު ގައުމު ތަކުގެ ތެރެއިން އެއް ޤައުމަކަށް ކިޔާ ނަމެކެވެ. ވޯޓާރ ޓްރައިބް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ސަދަން ވޯޓާރ ޓްރައިބް އާއި ނޮދަން ވޯޓާރ ޓްރައިބްގެ ގޮތުގައެވެ. ސަދަން ވޯޓާރ ޓްރައިބް ވަނީ ސައުތު ޕޯލްގައެވެ. އަދި ނޮދަން ވޯޓާރ ޓްރައިބް ވަނީ ނޯތު ޕޯލްގައެވެ. މިގޮތުން މި ވޯޓާރ ޓްރައިބް ގައި ދިރި އުޅެނީ ވޯޓާރ ބެންޑާރ އިންނެވެ. އާރތް ކިންގޑޮމް ގައިވާ ސްވޯމްޕްތަކުގެ ކައިރީގައިވެސް ވޯޓާރ ބެންޑާރ އިން ދިރިއުޅޭ ކަމަށްވެއެވެ. މިގޮތަށް ވޯޓާރ ބެންޑް ކުރުމަށް ކިޔޭ ނަމަކީ ހައިޑްރޯކައިނެސިސްއެވެ. ފަޔާރ ނޭޝަން ގެ އަތް ދަށަށް ނުގޮސް އޮތް ހަމަ އެކަނި ޤައުމަކީ ވޯޓާރ ޓްރައިބް އެވެ.

އާންމު ގޮތެއްގައި ވޯޓާރ ޓްރައިބްގެ އަހުލުވެރިން މުށި އިސްތަށިގަނޑޭއްގެ ވެރިންނެވެ. އަދި ނޫ ކުލައިގެ ލޮލަކާއި މަޑު މުށި ކުލައިގެ ހަންގަނޑެއްގެ ވެރިންނެވެ. މި ބައި މީހުން އާއްމު ގޮތެއްގައި ލައި އުޅެނީ އެނޮރެކް ނަމަކަށް ކިޔާ ނޫ ހެދުމަކާއި ފަޓުލޫނެވެ. އެހެންނަމަވެސް ސޮކާ އާއި ކެޓާރާ އާއި ޚިލާފަށް ނޮދާން ވޯޓާރ ޓްރައިބްގެ އަހުލުވެރިން ލަނީ ގަދަ ނޫކުލައިގެ ހެދުން ކަމަށް ވަނީ ފާހަނގަ ކުރެވިފައެވެ.

ޕެންގުއިން ސްލެޖިންގ އަކީ ޓްރައިބްގެ ކުޑަކުދިންގެ ތެރޭގައި ވަރަށް މަޤްބޫލު ކުޅިވަރެކެވެ. މިގޮތުން ޖެހޭނީ ޕެންގުއިން އެއް ހިފައި އޭގެ ބުރަކަށި މައްޗަށް ސަވާރުވެ ދުއްވާލންށެވެ.




#Article 81: މައުމޫނު ޢަބްދުލް ޤައްޔޫމް (1372 words)


އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަނީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ.  
ރައީސް މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 ވަނަ އަހަރު ޑިސެންބަރު މަހު 29 ވަނަ ދުވަހު އެވެ. މައްޗަންގޮޅީ ކާމިނީގޭގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫން ކަމަށް [ރައީސް ގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް] (1993) މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)

މައުމޫން އަބްދުލް ޤައްޔޫމްގެ ބައްޕާ ފުޅަކީ އަބްދުލް ޤައްޔޫމް އިބްރާހިމް (މާފަތްގޭ ދޮންސީދި) އެވެ. އަދި މަންމާ ފުޅަކީ ޚަދީޖާ މޫސާ އެވެ. އަބްދުލް ޤައްޔޫމު އިބްރާހިމްގެ މުޅި ޖުމްލަ 8 އަނބިން ތިއްބެވެ. މިގޮތުން މައުމޫނު އާއި އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނު އަކީ އާއިލާގެ 10 ވަނަ ބޭފުޅާއެވެ. މިސްރު ގެ ކެއިރޯ ގައި ތަޢުލީމު ހާސިލް ކުރައްވަން އުޅުއްވި ދުވަސްވަރު މައުމޫނުގެ މަންމާ ފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވިއެވެ. އަދި ބައްޕާފުޅު އަވަހާރަ ވީ 1982 ގައި އުމުރުފުޅުން 87 އަހަރުގައެވެ. އަބްދުލް ޤައްޔޫމް އިބްރާހިމަށް އޭނާގެ ދަރިފުޅު މައުމޫނު ވެރިކަމާއި ހަވާލުވުމާއި، އޭނާގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ފެނިލުމުގެ އުފާވަނީ ލިބިފައެވެ.

މައުމޫންގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ އައްޝައިޚު ޢަބްދުލްޤައްޔޫމް ސީދީ އެވެ. މަންމާފުޅަކީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. (މުޙައްމަދު ނަޞީރު، 2009)

ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވި ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށް ވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.

ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަކީ ޚަދީޖާ ދީދީ (ޚަދީޖާ މޫސާ) ގެ ފިރިހެން ދަރިއެވެ. ޚަދީޖާ އަކީ މަރިޔަމް ދީދީ ގެ އަހެން ދަރިއެކެވެ. ބައްޕަ   އަކީ ޢަބުދުލް ގައްޔޫމް އިބްރާހީމް އެވެ. މަންމައަކީ ޚަދީޖާ މޫސާ ކައްދައިދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ޑިސެމްބަރު 1937 ގައެވެ. 

މައުމޫން އަބްދުލް ޤައްޔޫމް ތައުލީމު ހާސިލް ކުރެއްވީ މިޞްރުގެ އަލް އަޒްހަރު ޔުނިވާރސިޓީ އިންނެވެ. މިމަނިކުފާނު މިސްރަށް ވަޑައިގެންނެވީ އެންމެ 12 އަހރު ފުޅުގައި 1950 ވަނަ އަހަރުއެވެ. އަދި ފެކަލްޓީ އޮފް ޝަރިޔާ އެންޑް ލޯ ހެއްދެވުމަށް އަރަބި ބަސް ދަސްކުރެއްވުމުގައި 6 މަސް ދުވަސް ހޭދަ ކުރެއްވިއެވެ.

މައުމޫނު ޢަބްދުލް ޤައްޔޫމް ވަނީ އަޒްހަރު ޔުނިވަސިޓީގައި ޝަރީޢަތާއި ގާނޫނުން ޑިގްރީ ނަންގަވާފައެވެ. ޢަރަބި، އަދި އިގިރޭސި ދެނެވަޑައިގަންނަވައެވެ.

ރައީސް މައުމޫންގެ ތަޢުލީމުގެ ބިންގާ އަޅުއްވައި ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅުގެ އަރިހުންނެވެ. އެޔަށްފަހު މަދްރަސަތުމް މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވުމަށްފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައި ވިދާޅުވިއެވެ. އެޔަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށްޓަކައި ތީސިސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން އަޒުހަރުން ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވި އެވެ. މިހާތަނުން ކޮންމެވެސް ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް މައްސަލައަކާހުރެ އެކަން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މިޞްރުގައި ހުންނެވި ދުވަސްވަރު [އެމެރިކަން ކޮލެޖް] ގައި އިނގިރޭސިބަސް ކިޔަވައި ވިދާޅުވުމުގެ ސަބަބުން އެހެނިހެން ދީނީ ޢިލްމުވެރިންނާ ޚިލާފަށް، މައުމޫނަކީ އިނގިރޭސިބަހުންވެސް ފަސޭހަފުޅުކަމާއެކު މުޢާމަލާތުކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

މައުމޫނު އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެ ވަޑައިގަތީ 11 ނޮވެމްބަރު 1978 ގައެވެ.ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ރައީސްކަން ދޫކޮށްލުމާއި ގުޅިގެން މައުމޫނު ޢަބްދުލް ޤައްޔޫމް  އަށް ސިޔާސީ ދާއިރާއިން ޖާގަ ލިބިވަޑައިގަތީ 1978 ވަނަ އަހަރު ރައްޔިތުންމަޖުލީހުގެ 92.9 އިންސައްތަ އިންނެވެ. އެއަށްފަހު ރައްޔިތުންގެ ވޯޓް ކާމިޔާބުކުރައްވައި 11 ނޮވެމްބަރު 1978 ގައި ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާކުރެއްވި އެވެ. ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ތައުލީމް ކުރިއެރުވުމަށެވެ.

މައުމޫންގެ އަދަބީ ޚިދުމަތުގެ ފެށުން ގުޅިފައިވަނީ މަދްރަސީ ދައުރާއެވެ. ސިލޯނުގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރުވެސް ތަފާތު އެކިއެކި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. މިޞްރުގައި ކިޔަވައިވިދާޅުވަން ހުންނެވިއިރު ދަރިވަރުން ނެރުއްވި މަޖައްލާއަށް ލިޔުއްވި އަދަބީ އިޖްތިމާޢީ ލިޔުއްވުންތަކަކީ ފާހަގަކޮށްލެވޭފަދަ މުހިއްމު ލިޔުއްވުންތަކެކެވެ.

ތަޢުލީމީ ދައުރު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންވެސް އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތީ ވަރަށް މުރާލިފުޅުކަމާއެކީގައެވެ. 70 ގެ އަހަރުތަކުގައި މަޝްހޫރުވި އަމާޒު މަޖައްލާއަށާއި ހަފުތާ ނޫހަށް ވަރަށް ދީލަތިގޮތެއްގައި ލިޔުއްވަމުން ގެންދެވިއެވެ. އެ މަނިކުފާނުގެ ގިނަ ލިޔުއްވުންތައް ހުރީ ބަހާއި ބަހުގެ އަދަބިއްޔާތާއި އިޖްތިމާޢީ ދާއިރާގެ ތެރޭގައެވެ. އަދި ދީނީ ރޮނުންވެސް ތަފާތު ލިޔުއްވުންތައް ލިޔުއްވައިފައިވެއެވެ. 
މައުމޫން ޢަބްދުލްޤައްޔޫމަކީ ވާހަކަދެއްކުންތެރިކަމުގެ އުސްލޫބަށް ބޮޑު އިންޤިލާބެއް ގެންނެވި މުޤައްރިރެކެވެ. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ ގޮތަށް ސަލާމާއި ޙަމްދު ޞަލަވާތާއި މުޚާޠަބުކުރެއްވުމުގެ ފޯމެޓް ވާހަކަދެއްކުންތެރިކަމުގެތެރޭގައި ވައިގައި ހިއްޕުވައިލެއްވީ އެމަނިކުފާނެވެ.

އެ މަނިކުފާނަށް 11 ނޮވެމްބަރ 1978 ގައި ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމާއެކު [ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް]ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަވައި އެއީ ދައުލަތުން ކުރައްވާ ޚާއްޞަ މަސައްކަތްޕުޅެއް ކަމުގައި ހަމަޖެއްސެވިއެވެ. އަދި [ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖްލިސް] ގެ ނަމުގައި އެހެން މުއައްސަސާއެއް އުފެއްދެވިއެވެ. ފަހުން މި ދެ މުއައްސަސާ އެއްކޮށްލައްވައި [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިދެންނެވި މަރުކަޒުން ނެރުއްވަން ފައްޓަވައިގެން ކުރިޔަށް ގެންދަވާ [ފަތްތޫރަ] މަޖައްލާއަށް [ފަހުބަސް] ގެ ނަމުގައި ލިޔުއްވި އަދަބީ ލިޔުންތަކަކީ މިއަދުގެ ދަރިވަރުން އަދަބީ މުތްތަކެއްކަމުގައި ބަލަމުން ގެންދާ މަޒުމޫނުތަކެކެވެ.

މައުމޫންގެ ރައީސްކަމުގައި ސިޔާސަތަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ [އިންސާނުންނަށް ފެނާއި ކާބޯތަކެތި ލިބުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ފަދައި ތަޢުލީމު ލިބުމަކީވެސް އެބައި މީހުންގެ ޙައްޤެއް] ކަމުގައި ސަރުކާރުން ޤަބޫލުކުރެއްވުމެވެ.

މައުމޫންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މީހުންގެ ލިޔަންކިޔަން ދަތުމުގެ ނިސްބަސް ހޯއްދެވުމަށް ދިރާސާއެއް ކުރެއްވިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނީ 1979 ގައި ރާއްޖޭގެ އޭރުގެ އާބާދީގެ %24.77 މީހުންނަށް ލިޔަންކިޔަން ނޭނގޭކަމެވެ. (ފުރަދާނަ، އޮކްޓޯބަރ 2003). އެހެންކަމުން ދިވެހި ޤައުމުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެއްވުމުގެ މަޤްޞަދުގައި 1 ޖެނުއަރީ 1980 ގައި [އަސާސީ ތަޢުލީމުގެ މަޝްރޫޢު] ސަރުކާރުން އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް ފަށައިގަނެވުނީ 24 ފެބްރުއަރީ 1980 ގައި ޚުދު މައުމޫން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މި ގޮތުގެ މަތީން ވަރަށް ފޯރިޔާއެކު މި މަޝްރޫޢު ދިޔައީ ކުރިޔަށެވެ. މި މަޝްރޫޢުގެ ސަބަބުން 1999 ގެ ނިޔަލަށް ރާއްޖޭގެ ލިޔަންކިޔަން ނުދަތުމުގެ ނިސްބަތް %1.06 އަށް ތިރިކުރެވުނެވެ. 

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މައުމޫން ޙަވާލުވެވަޑައިގަތްއިރުވެސް ރާއްޖޭގައި ނިޒާމީ ތަޢުލީމުވަނީ ތަޢާރުފުކުރެވިފައެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ މާލޭގައި އެކަންޏެވެ. ފަށާ ތަޢުލީމުދޭ މޮންޓެސޫރީ ސްކޫލުން ޖާގަލިބެނީ ނަސީބުގަދަ  ކުއްޖަކަށެވެ. އޭރު މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ހުރީ އެންމެ 4 ސްކޫލެވެ. 

މައުމޫންގެ ވެރިކަމުގައި ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި [ޕްރައިމަރީ ސްކޫލެއް] އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް އަތޮޅުން ހޯދާ 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައިގެންނެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ވަގުތީ ގޮތުން ހިންގަވަންފެއްޓެވީ ވަގުތީ ޢިމާރާތްތަކުގައެވެ. (ފަހުން ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތްކުރެވުނު [އަތޮޅު މަދަރުސާ]ގެ އާޢިމާރާތްތަކަށް މިތަންތަން ބަދަލުކުރެވުނެވެ.) ދެން އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދު ނުކެނޑި ހިނގަމުން އައި އަމިއްލަ މަދްރަސާ މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު، ޢުމުރު ހަމަވާ ހުރިހާ ކުދީންނަށް މޮންޓެސޫރީ ސްކޫލުން (މިހާރުގެ އިސްކަންދަރު ސްކޫލުން) ޖާގަ ހުޅުވައިލެއްވުމެވެ. (ފުރަދާނަ، ޖެނުއަރީ 2003). އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. (އެޑިޔުކޭޝަން، 2008) . 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ސީދާ ސަރުކާރުން ހިންގަވާ 221 ސްކޫލް ހުއްޓެވެ. (Statistical year book 2009)  .

މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި އަމީނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ވިޔަސް އެ މަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ.

މަތީތަޢުލީމަށް މަގުފަހިކުރެއްވުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫގައި [މުޙިއްބުއްދީން ސްކޫލް] ގެނަމުގައި، ހދ. ކުޅުދުއްފުށީގައި [ޖަލާލުއްދީން ސްކޫލް] ގެ ނަމުގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި މި ދެ ސްކޫލްގައިވެސް ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ދޭން ފެއްޓެވިއެވެ.

ރާއްޖޭގައި ދީނި ތަޢުލީމު ފުޅާކުރެއްވުމުގެ މަޤްޞަދުގައި [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމުގައި 9 ފެބްރުއަރީ 1980 ގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. މިއަދު މިތަން ވަނީ ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކުރައްވައި [ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމަށް ބަދަލުކުރައްވައިފައެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ] ގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް  ޤާއިމުކުރެއްވިއެވެ.

މައުމޫން ރައީސް ކަމާ ޙަވާލުވެ ވަޑައިގަތް އިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. މުޅި ރާއްޖޭގައި ޚިދުމަތްކުރައްވަނީ އެންމެ 7 ޑޮކްޓަރުންނެވެ. އޭރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވިޔަސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަނީ އެންމެ ހެލްތު އެސިސްޓެންޓެކެވެ. މިއަދު ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އެބަހުއްޓެވެ. ކޮންމެ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ ހޮސްޕޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް އެބަހުއްޓެވެ. 2008 ނިމުނުއިރު ޞިއްޙީ ޚިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި 800 ކޮމިޔުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ.

ރައީސް މައުމޫން ޞިއްޙީ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ ތަފްޞީލަށް ބަލައިލުމަކީ މިފަދަ ކުރު މަޒުމޫނެއްގައި ކުރެވޭނެ ކަމެއް ކަމަށް ނުވާތީ، މި ދާއިރާއިން ކޮށްދެއްވި މުހިއްމު ބައެއް ކަންކަން ފާހަގަކޮށްލުމުން ފުއްދައިލާނަމެވެ.

މީހަކު ދިރިހުންނާނެ އެވްރެޖް ޢުމުރު 48 އަހަރުން 73 އަހަރަށް މަތިކުރެއްވުން

މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުނަ ވަނީ ރާއްޖޭގެ ހިކިކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ ވާހަކަދައްކަވައިގެން 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖެހި އަދި އަދަށް ދާންދެންވެސް އެކަން ކުރިޔަށް އެބަދެއެވެ.

މަސވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 ށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ.

ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިނގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ.

މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. (މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2008)

މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތްއިރު، ރަށްރަށުގެ މިސްކިތްތަކާއި ރަށު އޮފީސްތަކަކީ ސަރުކާރުން ޢިމާރާތް ކުރައްވާ ތަންތަނެއް ނޫނެވެ. އެއީ ރައްޔިތުން އަމިއްލަޔަށް އެމީހުންގެ ޚަރަދުގައި ބިނާކޮށްފައި ހުރި ދެރަވަރުގެ ތަންތަނެވެ. ފުރާޅުގައި ފަންލައި ބިތުގައި ގޯނިދަމައިފައި ނުވަތަ ރާނައި ސިމެންތި ނުޖަހައި ހުންނަނ އޮފީސްތައް ބައިވަރެވެ. މިސްކިތުގައި ބައްތިދިއްލައި ކުނާ އަޅައި ހެދުމަކީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. ރަށު އޮފީސްތަކަކީ ސަރުކާރުގެ ތަނަތަނަށް ނުވާތީ އެތަންތާނގައި ޤައުމީ ދިދަ ނެގުމެއްވެސް ނޯވެއެވެ. ރަށު އޮފީހުގައި ތިއްބަވަނީ ކަތީބަކާއި ކުޑަކަތީބަކު އެކަންޏެވެ. 

މިކަން މިހެން އޮއްވައި މިއަދު މިފެންނަ މިންވަރަށް ރަށު އޮފީސްތަކާއި މިސްކިތްތައް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެއްވިއެވެ. މުވައްޒިފުން ލައްވައި ޤައުމީ ދިދަ ނަގައި ޒަމާނީކުރެއްވިއެވެ.

ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތައް ބަޔާންކުރުމަށް މަދު ޞަފުޙާތަކެއް ނުފުދެއެވެ. ބޭނުންވަނީ އެއްތަ ބައިވަރު ފޮތްތަކެކެވެ. އެހެންކަމުން އެ އުނދަގޫ މަސައްކަތްކުރުމަށް ޢުޛުރުވެރިވުމާއެކު އެ މަނިކުފާނުގެ މުހިއްމު އެހެން ބައެއް ޚިދުމަތްތައް ލިސްޓުކޮށްލުމުން ފުއްދައިލާނަމެވެ.




#Article 82: ބުރުގާ (248 words)


ބުރުގާއއަކީ، މުސްލިމް އަންހެނުންގެ ހެދުމުގެ އެންމެ މުހިއްމު އެއްބައި ކަމުގައި ހިމެނޭ އެއްޗެކެވެ. ބުރުގާގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއިން ކޮންމެ ވައްތަރަކަށް ވެސް ޢާއްމުކޮށް ދިވެހިބަހުން ކިޔަނީ ބުރުގާއެވެ. ނަމަވެސް އެހެން ގައުމުތަކުގައި ބުރުގާގެ ތަފާތު ވައްތަރުތަކަށް ތަފާތު ނަން ދެވިފައިހުރެއެވެ. ހަށިގަނޑު ނިވާ ކުރެވޭ ވަރަށް ބަލާފައި ބުރުގާ ބެހެނީ 3 ބަޔަކަށެވެ. 

ޙިޖާބު މިބަހަކީ ޢަރަބި ބަހުން އައިސްފައިވާ ބަހެކެވެ. މި ނަން ޢާއްމު ގޮތެއްގައި ބޭނުން ކުރެވެނީ ބޮލުގައި އަޅާ ނުވަތަ އައްސާ ރުމާލާއި ސްކާފަށް ނިސްބަތްކޮށެވެ. މިސްކާފަކީ މުސްލިމް އަންހެނުން އެކަނބަލުންގެ ދީނުގައި އަންގަވާފައިވާތީ އާއި އަންހެން ބަންތަ ކަމުގެ ނިޝާނެއްގެ ގޮތުން ބޭުނުން ކުރާ އެއްޗެކެވެ. މީގެތެރެއިން އެންމެ މަޝްހޫރު ވައްތަރަކީ ބޮލާއި ކަރު ނިވާކޮށް އަދި މޫނު ހާމަޔަށް ހުންނަ ގޮތަށް އަޅާ ތިނެސްކަން ބުރުގާއެވެ. މި ބުރުގާ އަޅާފައި ހުންނައިރު ފަހަތް ހުންނާނީ ތިނެސްކަނަށެވެ. މިއިން ބޮލާއި ކަރު ނިވާވެފައި މޫނު ހުންނާނީ ހާމައަށެވެ. ޙިޖާބުގެ ތަފާތު 4 ވައްތަރެއް މަޝްހޫރުވެފައި ވެއެވެ. 

އަލްއަމީރާ އަކީ ބޮލުގައި ފޮތިކޮޅެއް އައްސާފައި އެ ފޮތިކޮޅުގެ އެއްބައި ފެންނަގޮތަށް ބޮލުގެ މެދާ ހަމައިން އަޅާފައި ހުންނަ ބުރުގާއެވެ. 

ޝައިލާއަކީ ހަތަރެސްކަނަށް ހުންނަ ބުރުގާފޮތިން ބޮލުގެ ވަށައިގެން އެއްފަހަރަށް ވުރެ ގިނަފަހަރު އޮޅާފައި ކޮނޑާ ހަމައިން ކޮނޑުގައި ހަރުކޮށްފައި ހުންނަ ބުރުގާއެވެ. ބައެއް މީހުން ޝައިލާ އަޅާއިރު އެންމެ ފަހުބައި ހަރުކުރަނީ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅީގެ މައްޗަށް ވާގޮތަށެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވަމުން އަންނަ ޝޯލްއަކީ ވެސް ޝައިލާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ޝައިލާ އެންމެ ގިނައިން ބޭނުން ކުރަނީ ގަލްފުގެ ގައުމުތަކުގެ އަންހެނުންނާއި މުސްލިމް ނަރުހުންނެވެ. 

ޚިމާރަކީ ހުރިހާ ފަރާތަކުން އެއްވަރަށް އުނަގަނޑާއި ހަމަޔަށް އަޅާ ބޮޑު ބުރުގާއެވެ. މިވައްތަރުގެ ބުރުގާއިން އިސްތަށިގަނޑާއި ކަރާއި ކޮނޑާއި މޭމަތި ރީތިކޮށް ނިވާކުރެވެއެވެ. 

ޖިލްބާބު(ޗާދަރު) މިއީ ބޮލުގެ މަތިން ވައްޓާލެވޭ ބުރުގާއެކެވެ. ފަޔާ ހަމަޔަށް އަންނަ ވަރަށް ދިގުކޮށް ހުންނަ މިބުރުގާގެ ދަށުން ކުޑަފޮތިކޮޅެއް ބޮލުގައި އައްސަން ބޭނުން ކުރެއެވެ. އަދި އިތުރު ފޮތިކޮޅަކުން މޫނު ނިވާ ކުރެއެވެ. ބައެއް މީހުން މޫނު ނިވާނުކޮސް ވެސް ތިބޭމެއެވެ.

ނިޤާބަކީ ދެލޯފިޔަވައި އެހެން ހުރިހާ ތަނެއް ނިވާ ވާގޮތަށް އަޅާ ބޮޑު ބުރުގާއެކެވެ. ނިޤާބު އެޅުމަށްޓަކައި ގިނަ ފަހަރަށް ބޮޑު ޙިޖާބެއް ބޭނުން ކުރުމަށް ފަހު މޫނު މަތީގައި ލޮލުގެ ތިރިން އަޅާލެވޭ ފޮތިކޮޅަކުން ނޭފަތާއި އަނގަ ނިވާކުރެއެވެ. 




#Article 83: ޝެއިހް އަބްދުއް ރަހްމާން (893 words)


ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން އަލްއަޒުހަރީ އައްޝައިޚުލް ޙާއްޖު އަބްދުއްރަހުމާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 1875 ވަނަ އަހަރު އައްޑޫ މީދޫގައެވެ. އަބްދުއްރަހުމާނުގެ ބައްޕައަކީ އައްޑޫ މީދޫ ވަށޮދިޔަގެ އަލްމުއައްލިމު އަލީ އެދުރުއެވެ. ނުވަތަ މަޝްހޫރު ލިޔާ މާލިމީ (ވަށޮދިޔަގެ މާލިމީ) އެވެ. މީނާއަށް ލިޔަން ދޮންކަލޯގެ ނަމުން ވެސް މުޚާޠަބްކުރެވެއެވެ.

ވަށޮދިއަގެ މާލިމީއަކީ ދިވެހި ރާއްޖޭގެ ދެކުނުގައިތިބި އަތު ލިޔުން ރީތި މީހުންގެ ތެރެއިން ޢަރަބި ތާނަ އަށް އެންމެ މަޝްހޫރު އެއް ފަންނާނެވެ. މީނާގެ އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްހަފެއް ޤައުމީ ކުތުބުޚާނާގައި ވަރަށް ފަހަކާޖެހެންދެން ވެސް އޮތެވެ. އަބްދުއްރަހުމާނަކީ އޭނާގެ ބައްޕަ ވެސް ފަދައިން ވަރަށް ރީތި ކޮށް ލިއުއްވި ބޭފުޅެކެވެ.

އަބްދުއް ރަހްމާނު ދެ ކައިވެނި ކުރެއްވިއެވެ. އެއީ މީދޫ ކުއްދީދީގެ ފާތުމަތު ދީދީ އާއި އެވެ. މިބަނޑުން ލިބިލެއްވީ މީދޫ އާމިނާ ދީދީ އެވެ. މި އައިމިނައިދީގެ އާއިލާ މީދޫގައި އެބައޮތެވެ. ދެން އަބްދުއްރަހުމާނު ކައިވެނި ބެއްލެވީ މިސްރުގެ އަންހެނަކާއި އެވެ. މިދެންނެވި މިސްރު ސިއްތީގެ ބަނޑުފުޅުން ލިބިވަޑައިގަތީ ދެ ބޭފުޅުންނެވެ. އޭގެތެރެއިން ހަގަށް ހުންނެވި ދަރިކަނބަލުން ވަނީ އެބޭފުޅުން ރާއްޖެއިން މިސްރަށް އެނބުރި ވަޑައިގެންނެވިތަނާހެން ދިމާވި އެކްސިޑެންޓެއްގައި އަވަހާރަވެފައެވެ. ދޮށްޓަށް ހުންނެވި ދަރިކަލުން އަބްދުލް އަޒީޒުގެ އާއިލާ މިސްރުގެ ގާހިރާގައި އެބައޮތެވެ.

އަބްދުއްރަހުމާނު އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވީ އޭނާގެ އުފަން ރަށުންނެވެ. މީދޫގައި އަބްދުއްރަހުމާންގެ އިސް އުސްތާޒަކީ މުޅި ދިވެހިރާއްޖެ އަށް މަޝްހޫރު އަލްޢައްލާމަތުލްފަޤީހުލްޙާފިޡް އިބްރާހިމް ތަކރުފާނުއައިސާބީގެދަރު ދޮންބެއްޔާ އެވެ.  މީދޫއިން އެދުވަސްވަރު ލިބޭން ހުރި އިލްމެއް ހާސިލް ކުރެއްވުމަށް ފަހު އޭނާގެ ތައުލީމީ ދައުރު ނިންމާލެއްވީ މިސްރުންނެވެ. މިސްރުގެ މަޝްހޫރު ޖާމިއުލް އަޒުހަރުން (އަޒްހަރު ޔުނިވަސިޓީން) ތަޢުލީމު ޙާޞިލުކުރައްވައިގެން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވި ދިވެއްސަކީ އަބްދުއްރަހުމާންއެވެ. އޭނާއަކީ ވަރަށް ދޫ ފަސޭހަ ބަލާޣާތްތެރި މުޤައްރިރެކެވެ. ޢިލްމުލް ކަލާމް (އިސްލާމިކް ފިލޯސަފީ) އަށް އަރާހުންނެވި ބޭފުޅެކެވެ. ޢިލްމުލް މަންތިޤު (ލޮޖިކް) ދެނެވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.

ޝައިޚް އަބްދުއްރަހުމާނަކީ އަޒުހަރު ޔުނިވަރސިޓީގެ އޭރުގެ ޢިލްމުވެރީން ވެސް އިއުތިރާފްވެވަޑައިގަންނަވާ ވަރަށްބޮޑު ޢިލްމުވެރިއެކެވެ. މިޞްރުގައި ހުންނަވާފައި ރާއްޖެއަށް އެންމެފުރަތަމަ އެނބުރި ވަޑައިގަތްއިރު އަޒްހަރުން ޝަހާދާ ޢާލިމިއްޔާ (ޑިގްރީ) ނަންގަވާފައިވެއެވެ. ލިޔުންތަކުން އެނގޭ ގޮތުގައި ބޭރު ޤައުމެއްގެ ޔުނިވަރސިޓީ އެއްގައި މަތީ މަޤާމެއް ފުރުއްވި ފުރަތަމަ ދިވެއްސަކީ އަބްދުއްރަހުމާނެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިގްރީ އިލްމުވެރިޔަކީ ވެސް އަބްދުއްރަހުމާނެވެ.

އަބްދުއްރަހުމާން މީދޫ އިން މާލެއަށް ވަޑައިގެންނެވީ 1904 ވަނަ އަހަރުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޙައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި ވެދުމުގެ ފަތްކޮޅު ހިއްޕަވައިގެން އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނު 1905 ވަނަ އަހަރު ސިލޯނަށް ވަޑައިގަންނަވަމުން އަރިހުގައި އަބްދުއްރަހުމާނު ގެންދެވިއެވެ. ބޭނުންފުޅަކީ، އަލްޤާޟީ ޢަބްދުލް ޙަކީމުގެ ދަރިވަރު، އައްޝައިޚުލް އައްލާމާ ޢަލީ އެދުރު ތަކުރުފާނު ހެއްދެވި ޒުހުރުލް ކަމާލާތު ނުވަތަ މުޅިރާއްޖެއަށް މަޝްހޫރު ބޮޑުތަރުތީބު ހަލާކުވެ ރާއްޖެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވުމުން އެފޮތް އަލުން ޗާޕުކުރެއްވުމެވެ.

މިގޮތުން ފޮތް އަލުން ލިޔާނެ މީހެއްގެ ގޮތުގައި އަބްދުއްރަހުމާނު ގެންދެވުނެވެ. އެއައްފަހު އައްޝައިޚު މަލިމް މޫސާކަލޭގެފާނާއި ޢަބްދުއްރަޙުމާނު އާއި ދެބޭކަލުން ސިލޯނުން ބަންގާޅަށް ވަޑައިގެން ބަންގާޅުގެ މެހެންދީބާޢު ކިޔާއަވަށުގައި ބޮޑުތަރުތީބު ޗާޕްކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިދަތުރުގައި ބޮޑުތަރުތީބުގެ އިތުރުން އެހެނިހެން ވެސް ފޮތްތައްވެސް މީނާ ޗާޕުކުރެއްވި ކަމުގައިވެއެވެ. ޗާޕުގެ މަސައްކަތް ނިމުމުން މިޞްރުގެ ޖާމިޢުލް އަޒުހަރަށް ޢަރަބި ކިޔަވަން ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އަބްދުއް ރަހްމާނު މަލިމް މޫސާކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. މިވާހަކަ މަލިމް މޫސާކަލޭގެފާނު އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނަށް ދެންނެވުމުން ކިލެގެފާނު އެންގެވީ ޢަބްދުއްރަޙުމާނު މިޞްރަށް ދެވި އެތާނގައި ހަމަޖެހޭނެހައި ޚަރަދު ދިނުމަށެވެ. މިގޮތުން މިދަތުރަށް ބޭނުންވާނެކަމަށް ލަފާކޮށް 300 ރުފިޔާ މަލިމް މޫސާ ކަލޭގެފާނު ދެއްވިއެވެ. ޢަބްދުއްރަޙުމާނު މިޞްރާ ހަމައަށް ވަޑައިގަތީ 1906 ވަނައަހަރުއެވެ. މިއަށްފަހު 15 އަހަރުފަހުން 26 ޑިސެމްބަރ 1912 ގައި އެނބުރި ރާއްޖެވަޑައިންނެވިއެވެ.

އަބްދުއްރަހުމާން އޭނާގެ އަމިއްލަ ފޮތްތައް ވެސް ލިޔުއްވިއެވެ. މީގެތެރޭގައި ތައުޙީދުގެ ޢިލްމު ފޮތަކާއި ޢަޤީދާގެ މައްޗަށް ލިއުއްވިފޮތަކާއި ޢަރަބިބަސް އުނގަންނައިދިނުމަށް ލިޔުއްވި ފޮތެއް ހިމެނެއެވެ. އެދުވަސްވަރުގެ ސިޔާސީ އަދި އިޖުތިމާއީ އޮއިވަރު ހުރިގޮތުން މިއިން އެއްވެސްފޮތެއް ރާއްޖޭގައި ޝާއިޢު ކުރެވިފައި ނެތަސް މީނާގެ އެއްބަފާ ޙަސަންމަނިކާ އަތުގައި މީގެ ބައެއް ފޮތްތައް ހުއްޓެވެ. އަދި މާލެ އަތޮޅާއި އަރި އަތޮޅުގެ ބައެއް މީހުންގެ އަތުގައިވެސް ބައެއްފޮތްތައް ހުރިކަމަށްވެ އެވެ. އަބްދުއްރަހުމާނުގެ ދީނީ އަދި ސިޔާސީ ނަޒަރިއްޔާތާއި ސަރުކާރުގެ ނަޒަރިއްޔާތު ދިމާނުވެގެން އޭނާ ކުށްވެރިވިކަމަށް ވިއަސް އޭނާއަކީ ދީންވެރި ތަވާޟުޢުވެރި ޒާހިދު ހިތްހެޔޮ މިޒާޖުގެ ބޭފުޅެކެވެ.

ރާއްޖެވަޑައިގެން އޭނާގެ އުފަން ރަށް މީދޫގައި ހުންނަވަނިކޮށް ދާދިއަވަހަށް ދައުލަތުގެ ފަރާތުން އޭނާ މާލެ ގެނެސް 11 ޖޫން 1922 ވަނަ އަހަރު ސަރުކާރުގެ ބޮޑު ނާކޮޅު އަޠިއްޔަތުއް ރަޙުމާނު ގައި ރާއްޖެއިން ފޮނުވާލެއްވިއެވެ. އަބްދުއްރަހުމާނުގެ މި އަރުވައިލުމަކީ ވަރަށް ތާރީޚީ އަރުވައިލުމެކެވެ. މިއީ ދިވެއްސަކު އެއްވެސް ސަބަބަކަށްޓަކައި ސަރުކާރުގެ ފަރާތުން ގައުމުން ބޭރުކޮށް އަރުވައިލި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރަށަކަށް އޭނާ އަރުވާނުލައި އޭނާ ވަޑައިގަންނަވާނެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ސަރުކާރުން ދިނީ އިލްމުވެރިންނަށް ދިވެހިންކުރާ އިހުތިރާމެއްގެ ބޮޑުކަމުން އޭނާއާ ދޭތެރޭ އިހާނެތި ގޮތަކަށް ކަންތައް ކުރަން ޖެހިލުން ވެގެންނެވެ.

އަބްދުއްރަހުމާން އަރުވައިލާން ޖެހުނު ސަބަބުތަކާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އެންމެ ބޮޑަށް ގަބޫލު ކުރެވޭ ގޮތަކީ އޭނާގެ އުފަން ރަށުގައި އޮތް ބޭފުޅިޒަމްގެ އުސޫލްތަކާ ދެކޮޅަށް އަބްދުއްރަހުމާން ވާހަކަފުޅު ދެއްކެވުމާއި އަބްދުއްރަހުމާނަކީ އާއިލީ ގޮތުން ރަށުގެ ބޮޑަކަށް ނުވެފައި ކުއްލިއަކަށް ބޮޑު އިލްމުވެރިއެއްގެ ގޮތުގައި ވަޑައިގަތުމުން ރަށުގެ ވެރިންނަށް އެކަން ހަޖަމު ނުކުރެވި ސަރުކާރުގައި ޝަކުވާ ދެންނެވުމެވެ. އޭގެ އިތުރުން އަބްދުއްރަހުމާންގެ ސީދާ ސާދާ ވާހަކަފުޅު ދެއްކެވުންތަކަކީ އެދުވަސްވަރު ސިޔާސީ ގޮތުން ސަރުކާރަށް ނުރައްކަލެއް ކަމަށް ސަރުކާރުގެ ވެރިންނަށް ގަބޫލު ކުރެއްވުމެވެ. މީގެ އިތުރަށް އައްޑުއަތޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި އަބްދުއްރަހުމާން ދީނީ ތަގްރީރު ދެއްވިއިރު ސަރުކާރުގެ ބައެއް އެންގެވުންތަކާ ފުށުއަރާ ވާހަކަތައް ވިދާޅުވުމަކީ ވެސް އޭނާ ކުށްވެރިވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބުނެވެއެވެ.

މި ސަބަބުތަކެއް ހިމެނިގެން އަމިއްލަ ގައުމުން ފައްސައިލެވުނު ފުރަތަމަ ދިވެއްސަކަށްވުމުގެ ތާރީޚީ ލަގަބާއެކު ޢަބްދުއްރަޙުމާނު ވަޑައިގަތީ އަނެއްކާވެސް މިޞްރަށެވެ. މިޞްރުގައި ހުންނަވާފައި ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގަތީ 1933 ވަނަ އަހަރުގެ ޖުލައި މަހު ބާރަ ވަނަ ދުވަހުއެވެ. އެދުވަސްވަރަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ބާރު ކުޑަވެ އަތިރީގޭ ޚާންދާނުގެ ވަޒީރުންގެ ބާރު އެންމެ ގަދަވެފައި އޮތް ދުވަސްވަރެވެ. ވެރިކަން ނުހަނު ހަލަބޮލިވެފައި އޮތް ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި އަބްދުއްރަހުމާން ރާއްޖެވަޑައިގަތީ މިސްރުން ކައިވަންޏެއްވެސް ކުރައްވައިގެން އަނބިކަމަނާއާއި ތުއްޕުޅު ދެ ބޭފުޅުންނާވެސް އެކުގައެވެ.

ކަންދިމާކުރިގޮތުން އަތިރީގޭ ޚާންދާނުގެ އެންމެ ބާރުގަދަ އެއް ވަޒީރު ކަމަށްވާ ޙަސަން ފަރީދުދީދީ އާއި އަބްދުއްރަހުމާނާ ދެމެދު ވަރަށް އަވަހަށް ޒާތީ މައްސަލަތަކެއް ފެށުނެވެ. މާލޭގައިި ދީނީ ތަޤްރީރު ދެއްވުމާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް އަގުހުރި ނަޞޭޙަތް ދެއްވުމުގައި އޭނާ ބުރަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކީ އާއްމުންގެ މެދުގައި އަބްދުއްރަހުމާންގެ މަގްބޫލުކަން އުފުލިގެން ދިއުމެވެ. ސަރުކާރުގެ ވެރިންނަށް މިކަން ވެގެންދިޔައީ ވޭނަކަށެވެ. ކޮންމެއަކަސް ޢަބްދުއްރަޙުމާނު ޤަބޫލުކުރައްވާ އުސޫލުތަކާއި ދިވެހިސަރުކާރު ޤަބޫލުކުރާ ގިނަކަންތައް ތަފާތުވެއެވެ.

އަދި އޭނާ އަށް ނުހައްގު އަދަބުތަކެއް ދެވި އަރުވައިލެވުނު ރަށް ކ.ވިލިގިލީގައި ޢަބްދުއްރަޙުމާނު އުޅުއްވާނެ ގެއެއް އަޅުއްވާދެއްވައި އެގޭގައި ޚިދުމަތްކުރާނެ މީހަކު ސަރުކާރުން ބެހެއްޓެވިކަމުގައިވެއެވެ.

މިޞްރުގެ ޖާމިއުލް އަޒުހަރުން ކިޔަވައި ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އަބްދުއްރަހުމާން ހުންނެވީ އަލް އަޒުހަރުގެ ރުވާޤުލް ހުނޫދް (އިންޑިއަން ސަބް ކޮންޓިނެންޓަށް ނިސްބަތްވާ ދަރިވަރުންނާ ބެހޭ ޑިޕާޓްމަންޓް) ގެ ވެރިޔާގެ މަޤާމު ގައެވެ.

ދެ ފަހަރެއްގެ މަތިން މިޞްރުގައި މުޅިއެކު 27 އަހަރަށްވުރެ ގިނަދުވަސް އޭނާ ހޭދަ ކުރެއްވިއެވެ. މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި ދަރިއެއްގެ ޝުކުރު މި ފޮތުގައި އޭނާ ބަޔާން ކުރައްވާފައިވަނީ އަބްދުއްރަހުމާން މިސްރުގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި ކަމަށެވެ. 

އަބްދުއްރަހުމާންގެ ހަޔާތުގެ މުހިންމު އެކި ތާރީޚުތައް ބަލައި ހިސާބު ހަދައިލުމުން މުހައްމަދު އަމީން ވިދާޅުވާ މުއްދަތު ދިމަލެއްނުވެއެވެ. މުހައްމަދު އަމީން ވިދާޅުވާ ގޮތުގައި އަބްދުއް ރަހްމާނު 30 އަހަރަށް ވުރެ ގިނަ އަހަރު މިސްރުގައި ހޭދަ ކުރެއްވި ކަމަށެވެ.

ޝައިޚް އަބްދުއްރަހުމާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 61 އަހަރުގައި 8 ޑިސެމްބަރ 1936 ވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. ފަސްދާނުލެވިފައިވަނީ ކ.ވިލިގިލީގެ ކުރީގެ މިސްކިތުގެ ގޯތި ތެރޭގަ އެވެ. މިހާރު ވިލިގިލީގެ ހުރަސް ބޮޑުމަގަށް ޝައިޚް އަބްދުއްރަހުމާން ހިނގުމުގެ ނަން ދިނުމާއި ވިލިގިލީގެ ޕްރީ ސްކޫލަށް ޝައިޚް އަބްދުއްރަހުމާން ޕްރީ ސްކޫލޭ ކިޔައި ނަންދީފައި ވަނީ އަބްދުއްރަހުމާންގެ ހަނދާނުގައެވެ. ވިލިގިލީގައި އަބްދުއްރަހުމާން އަވަހާރަވުމުން އޭނާގެ މިސްރު އަނބިކަމަނާ އާއި ދެ ބޭފުޅުން ސަރުކާރުގެ ޚަރަދުގައި މިޞްރަށް ފޮނުއްވައިދެއްވިއެވެ. އަބްދުއްރަހުމާން އައްޑޫ މީދޫން އެންމެ ފުރަތަމަ މާލެއަށް ވަޑައިގެންނެވީވެސް އޭނާގެ އުމުރުފުޅުން 30 އަހަރުގައެވެ.




#Article 84: އިސްލާމް ދީނުގައި ކައިވެނި (1059 words)


މާތްﷲ ގެ ޚަލްޤު ތަކުން އުފެއްދުމުގައި، އެތަކެތީގެ ނޫޢު (ވައްތަރު) ދެމެހެއްޓުމަށްޓަކައި، ދެޖންސުގެ ގުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ލައްވާފައި ވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގަ މާނައިގައި ވެއެވެ. ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.

މިޒަމާނުގެ ސައެންސުގެ ހޯދުންތައް އެއްބަސްވާގޮތުގައި އެންހެން ފިރިހެންކަމުގެ ޖިންސް ކަނޑައެޅިގެން އެނގޭ އިންސާނުންނާއި ޙައިވާނުންފަދަ މަޚްލޫޤުންގެ އިތުރަށް ގަސްގަހާގެއްސާއި އެނޫންވެސް ތަފާތު މަޚްލޫޤުން އުފައްދާފައިވަނީ އެތަކެތީގެ ދެޖިންސު އެކުލެވޭ ގޮތެއްގެ މަތިންނެވެ. އިލެކްޓްރިކް ކަރަންޓާއި، އެޓަމްފަދަ ކުޑަކުޑަ ޒއްރެއްގެ މއްޗަށް ބަލައިލިނަމަވެސް މިވަރުގަދަ ޙަޤީޤަތް ހާމަވެއެވެ.

ތަކެތި އުފެދުމާއި އިތުރުވެމުގައި ދެޖިންސުގެ ގުޅުމަކީ ކޮންމެހެންބޭނުން ކަމެއްކަމުގައިވީނަމަވެސް، ޖިންސީބޭނުންތައް ފުރިހަމަކުރުމުގައި އެއްވެސް އުޞޫލެއް ހަމައެއްނެތި، ގެރިބަކަރިފަދަ ޖަނަވާރުފަދައިން މުގުޅުން ބެހެއްޓުމަކީ، އިންސާނުންފަދަ މާތް، އަދި ކަރާމާތްތެރި މަޤާމެއް ދެއްވާ މަޚުލޫޤަކަށް އެކަށީގެންވާ ކަމެއނޫނެވެ. ވެމާއެކު ދެޖިންސުގެ ގުޅުން ހުއްދަކުރައްވާފައިވަނީ ވަރަށް މާތް ހަރުދަނާ އުޞޫލެއްގެ މަތީންނެވެ. އެއީ ޝަރީޢަތް ހުދަކުރާފަދަ ކައިވެންޔަކުން ނގުޅިގެންނެވެ. އަދި ކައިވެނިވެގެންނޫން ގޮތްގޮތުގައި ދެޖިންސުގެ ގުޅުން ހިންގުމަކީ އިސްލާމީ ޝަރީޢަތުގައި ނުހަނު ބޮޑަށް ޙަރާމް ކުރައްވައި، އެފަދަ ބައެއްގެ މައްޗަށް ﷲ ގެ ކޯފާލައްވާނެކަން އަންގަވާފައިވާ ކަމެކެވެ.

ނޯޓު: ﷲ ގެ މަޚުލޫޤުންނަށް ބަލާއިރު ކޮންމެ އެއޗެއްމެ ހައްދަވާފައިވަނީ ތަފާތު ދެވައްތަރުންނެވެ. އަންހެން، ފިރިހެން، ހުތް ފޮނި، ފިނި ހޫނު، ރޭގަނޑާއި ދުވާލު، އިރާއި ހަނދު، ހެވާއި ނުބައި، ރީތި ހުތުރު، އުޑާއި ބިން، އަދިވެސް މިފަދަ ތަފާތު ގޮތްގޮތުގެ މަތީންނެވެ.

އިންސާނީ ދަރިފަސްކޮޅު ގެއްލުމުން ސަލާމަތް ކުރެއްވުމަށް ޓަކައި ޝަރީޢަތް ހުއްދަކުރާ އުޞޫލުން ކައިވެނިކުރުމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުލައްވާފައިވާ ކަމެކެވެ. ބައެއްފަހަރަށް ކައިވެނިކުރުމަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިން ހިމެނޭ މުހިއްމު ކަމެއްކަމުގައި އަންގަވައެވެ. އަނެއްބައިފަހަރަށް އިސްލާމީ އުޞޫލުން ކައިވެނިކޮށް، އަންހެނަކާއި ފިރިހެނެއްގެ މެދުގައި އުފެދޭ މުޤައްދަސް ގުޅުމުގެ ސަބަބުން ދަރީން ލިބުމުގެ މިފުރިހަމަ ނިޡާމަކީ މާތްﷲ ދެއވި ވަރަށްބޮޑު ނިޢުމަތެއްކަމުގައި ހަނދާން ކޮށް ދެއްވައެވެ.

އިސްލާމް ދީނުގައި ކައިވެނިކުރުމުގެ ޙުކުމް ހުރީ ދެބަޔަކަށެވެ. އެއީ،

ކައިވެނިކުރުން ވާޖިބުވަނީ، ކައިވެނިކުރުމަށް ތިމާގެކިބައިގައި ކުޅަދާނަކަން ހުރުމާއެކު، ޒިނޭކުރުންފަދަ ބަދުއަޙްލާޤީ ޢަމަލެއް ކުރެވިދާނެކަމަށް ބިރުވެތިވާނަމައެވެ. އެފަދަމީހެއްގެ މައްޗަށް ކައިވެނިކުރުމަކީ ވޖިބެކެވެ. ސަބަބަކީ، ޙަރާމް ކަންތަކުން ތިބާގެ ނަފްސު ރައްކާތެރި ކުރުމަކީ ވާޖިބަކަށްވާކަމެވެ.

ތިމާގެކިބައިގައި ކައިވެނިކުރުމުގެ ކުޅަދާނަކަންހުރުމާއި އަބިދަރީންގެ ޚަރަދުބެލެހެއްޓޭފަދަ ތަނަވަސްކަން ހުރުމާއެކުވެސް، ޒިނޭކުރުންފަދަ ބަދްއަޚްލާޤީ ޢަމަލެއް ކުރެވިދާނެކަމާމެދު ބިރުވެތިނުވާނަމަ އެފަދަ ޙާލެއްގައި ކައިވެނި ކުރުން ވާޖިބެއް ނޫނެވެ. ނަމަވެސް އެފަދަ މީހެއްގެ މައްޗަށް ކައިވެނިކުރުމަކީ މުސްތަޙއްބުކަމެކެވެ. ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.

ކައިވެނީގެ ރުކުންތަކަކީ:-

މިފަސްކަންތަކެވެ.

ފިރިމީހާގެ ކިބައިގައި ހުރުމަށްކަޑައެޅިފައިވާ ޝަރުޠު ތަކަކީ،

(1) ވަކިމިވެނި މީހަކުކަން ކަނޑައެޅިގެން އެނގުން.

(2) ކއިވެނިވެވޭ އަންހެނާއީ އޭނާއާ ކައިވެނި ޙަލާލުމީހަކުކަން އެނގުން.

(3) ކައިވެނިކުރުމަށް މަޖުބޫރުކުރެވިފައި ނުވުން.

(4) ޙއްޖަށް ނުވަތަ ޢުމްރާއަކަށް އިޙްރާމް ބަނދެގެންހުރި މީހަކު ކަމުގައި ނުވުން.

(5) ފިރިހެނަކު ކަން ޔަޤީންވެ އެނގުން.

އަނބިމީހާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

(1) ވަކިމިވެނި އަންހެނަކުކަން ކަޑައެޅިގެން އެނގުން.

(2) ކައިވެނިވެވޭ ފިރިހެނާގެ މައްޗައް.

(3) އަންހެނަކުކަން ޔަޤީންވެ އެނގުން.

(4) އެހެންމީހަކާ އިނދެގެން، ނުވަތަ ޢިއްދާގައި އިން އަންހެނަކު ކަމުގައި ނުވުން

އަންހެނެއްގެ ވަލީވެރިޔާ ނުވަތަ ވަލީވެރިންނަކީ، އޭނާއަށް އެހީތެރިވެ އަދި އެންމެހައި ގެއްލުމާއި ދެރަކަމަކުން އެއަންހެނަކު ސަލާމަތްކުރާނެ ބައެކެވެ.

އަންހެނުންގެ މއަޗަށް އަމުރުވެރި އަދި އެބަިމީހުންގެ ކަންތައްތައް ބަލަހައްޓައި އެހީތެރިވާނެ ބައެއްގެ ގޮތުގައި އެބައިމީހުންގެ ގާތްތިމާގެ ފިރިހެނުންކުރެ ޢައްޔަންވެވިފައިވާ ޙާއްޞަ ބައަކަށް އަންހެނުންގެ ވަލީވެރިންނޭ ކިޔެއެވެ. އެއްވެސް ޙާލެއްގައި ވަލީއާ ނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ހަދީޘްއެއްގެ މާނައިގައި ވެއެވެ. ވަލީއާ ނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ.

(1) އިސްލާމަކު ކަމުގައިވުން

(2) ބާލިޣު ވުން

(3) ބުއްދި ސަލާމަތުންހުރުން

(4) މިނިވަނަކު ކަމުގައިވުން

(5) ފިރިހެނަކުކަމުގައި ވުން

(6) ޢަދަލުވެރިއަކު ކަމުގައިވުން

(7) މުސްކުޅިވެ ނުވަތަ ބައްޔެއްގެ ސަބަބުން ވިއަސް ލޯބޯ ކޮށިވެފައި ނުވުން

(8) މޮޔަޔަކު ކަމުގައިވެ، އޭނާގެކިބައިން ވަލީކެނޑިފައިވާ މީހަކު ކަމުގައި ނުވުން. (މިފަދަ ސަބަބެއް ގާތްކަންބޮޑު ވަލީވެރިއަކަށް ކުރި މަތިވެއްޖެނަމަ، ވަލީދިނުމުގެ ޙައްޤު އެއަށްވުރެ ދުރުމީހެއްގެ މައްޗަށް ބަދަލުވާނެއެވެ.)

(9) ޙައްޖަށް ނުވަތަ ޢުމްރާއަކަށް އިޙްރާމް ބަނދެގެން ހުރި މީހަކުކަމުގައި ނުވުން.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ހަދީޘްއެއްގެ މާނާއިގައި ވެއެވެ. އިޙްރާމް ބަނދެގެންހުރި މީހާ ކައިވެނިކޮށްގެން ނުވާނެއެވެ. އަދިމީހެއގެ ކައިވެނިކޮށްދީގެންވެސް ނުވާނެއެވެ.

އަންހެންކުއްޖަކު މީހަކާ ދެވުމަށް (ކައިވެނިކޮށްދިނުމަށް) އެންމެ ޙއްޤުކަން ބޮޑު ވަލީވެރިއަކީ އެކުއްޖެއްގެ ބައްޕައެވެ. އެޙައްޤުލިބިފައިވާ މީހުން ތަރުތީބުން ތިރީގައި ބަޔާން ވެފައި މިވަނީއެވެ.

(1) ބައްޕަ

(2) ބައްޕަފަރާތުގެކާފަ (ބައްޕަގެ ބައްޕަ)

(3) ބައްޕަފަރާތުގެ މުނިކާފަ (މިގޮތުން ދުރުކާފައަކަށްވެރެ ގާތްކާފަފައެއް އިސްކުރެވެއެވެ. އެބަހީ މުނިކާފައަށްވުރެ ކާފަ އިސްވުން)

(4) އެއްބަނޑު އެއްބަފާ އަޙް

(5) އެއްބަފާ އަޙް

(6) އެއްބަނޑު އެއްބަފާ އަޙުގެ ފިރިހެންދަރި

(7) އެއްބަފާ އަޙުގެ ފިރިހެން ދަރި

(8) ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުބޭބެ

(9) ބައްޕައާ އެއްބަފާ ބޮޑުބޭބެ

(10) ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުބޭބެގެ ފިރިހެންދަރި

(11) ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރި މިއެވެ.

ނަސަބުގެ ގޮތުން މިބަޔާން ކުރެވުނު ތަރުތީބުން ވަލީވެރިއަކު ނެތިއްޖެނަމެ، އެފަދަ އަންހެނެއްގެ ވަލީވެރިއަކު ނެތިއްޖެނަމަ، އެފަދަ އަންހެނެއްގެ ވަނީވެރިއަކީ ޙާކިމެވެ. އަންހެނެއްގެ އެންމެއިސް ވަލީވެރިޔާގެ ޙާޞިރުގައިވެސް، އެކަމަށް އެކަށީގެންވާފަދަ މީހަކާ ވަލީދިނުން ޙަވާލުކޮށްފިނަމަ، އެމީހެއްގެ ވަލީ ކަމުދާނެއެވެ. އެއީ މިޒަމާނުގެ ޝަރުޢީ ކޯޓުތަކުގައި ކަންހިނގަމުން މިދާ އުޞޫލުގެ މަތީންނެވެ. ބައްޕަ ނުވަތަ އެހެންވެސް ވަލީދޭމީހަކު އަމިއްލައްށް ކައިވެނި ކޮށް ދިނުމުގެ ބަދަލުގައި އޭނާގެ ވަކީލެއްކަމުގައި ޝަރުޢީ މައުޛޫނާ ވަލީ ޙަވާލު ކުރުމަކީ މީގެ މިސާލެކެވެ.

ކައިވެނީގެ މައްޗަށް ޢަދުލުވެރި ދެހެކީން ހެކިވުމާނުލައި ކައިވެނި ޞައްޙައެއް ނުވާނެއެވެ. ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވާ ހަދީޘްއެއްގެ މާނައިގައި ވެއެވެ. ވަލީދިނުމާއި، އަދި ޢަދުލުވެރި ދެފިރިހެނުންގެ ހެކިވުމާނުލައި ކައިވަނި ޞައްޙައެއް ނުވާނެއެވެ.

(1) އިސްލާމުން ކަމުގައިވެން.

(2) ބާލިޣުވުން.

(3) ބުއްދިހުރުން.

(4) މިނިވަނުން ކަމުގައިވުން.

(5) ފިރިހެނުން ކަމުގައިވުން.

(6) ޢަދުލުވެރީން ކަމުގައިވުން.

(7) އިވުމާއި ފެނުމުގެ ޙިއްސު ސަލާމަތުން ހުރުން.

(8) ކައިރި މާޞީއެއްގެ ކަންތައްތައް އެކަނިވިޔަސް ހަނދާންހުރުން.

(9) ކައިވެނިކޮށްދޭ މީހާއާއި ޤަބޫލުކުރާމީހާ ވާހަކަ ދައްކާއުޅެ ބަސްދަތުން

(10) ވަލީވެރިއަކު ކަމުގައިވުން ޢައްޔަންވެގެން ނުވުން، މިއެވެ.

ކައިވެނީގެ ޞީޣާއޭ ބުނެވެނީ އީޖާބާއި ޤަބޫލު ނުވަތަ، އަނބި ޤަބޫލު ކުރުމަށެވެ.

(1) ކައިވެނި ޢަޤުދު ކުރާ ދެމީހުންނާއި (ވަލީދޭމީހާއާއި ފިރިމީހާ) ދެހެކީންނަށް ވިސްނޭ ފަދަ ގޮތެއްގައި ކައިވެނިކޮށްދިންކަމާއި، ކައިވެނި ޤަބޫލުކުރިކަން ދޭހަވާ ބަހަކުން އޮތުން.

(2) تعلېق އެއްނެތުން: މީގެ މާނައަކީ، އީޖާބާއި ޤަބޫލު އެއްވެސް ކަމަކާއި މަތިކޮށް ޝަރުޠު ކޮށްފައި ނުވުމެވެ. މިސާލަކަށް ކަލޭގެ އަންހެންދަރިފުޅު ކަސްޓަމށް ވަދެއްޖެނަމަ، އަހަރެން އޭނާއާ އިނަންނާނަމެވެ. ކައިވެނިއެދޭމީހާ މިހެން ބުނެ މީގެ ޖަވާބުގައި ކުއްޖާގެ ވަލީވެރިޔާ އަހަރެން ޤަބޫލު ކޮށްފީމޭ މިހެން ބުނުމަކުން ކައިވެނިވީ ކަމަކަށް ނުބެލެވޭނެއެވެ. ސަބަބަކީ، އެކުރި ޝަރުޠަކީ ފުރިހަމަވާނެ ކަމެއކަން ނުވަތަ ނޫންކަން ނޭނގޭކަމެވެ. ވުމާއެކު އެފަދަ ޝަރުޠެއްކުރުން ކަމަކު ނުދާނެއެވެ.

(3) تأھېت އެއް ނެތުން. މީގެ މާނައަކީ އީޖާބާއި ޤަބޫލު ވަކި ވަގުތަކާ ހަމަޔަށް ކަނޑައަޅާފައިނުވުމެވެ.

(4) އީޖާބާއި ޤަބޫލު އެއްގޮތްވުން. މީގެމާނައަކީ، މާޞީގެ މާނަ ދޭހަވާފަދަ ގޮތެއްގައި އީޖާބާއި ޤަބޫލެ އޮތުމެވެ. މިސާލަކަށް އަހަރެންގެ މިވެނި އަންހެންދަރިފުޅު ކަލެއާ ކައިވެނިކޮށްދީފީމެވެ. ވަލީވެރިއާ މިހެން ބުނުމުން އަހަރެން ޤބޫލު ކޮށްފީމޭ ފިރިމީހާ ބުނުމެވެ. އީޖާބާއި ޤަބޫލު މާޞީގެ މާނަދޭހަވާފަދަ ގޮތެއްގައި އޮތުމުގެ ބޭނުމަކީ، ދެފަރާތުގެ ރުހުމާއި ޤަބޫލުކުރުން ކަޑައެޅިގެން ހާމަވުމެވެ.

ކައިވެނީގެ ރަނަކީ، ކައިވެނީގެ ސަބަބުން ފިރިހެންމީހާ އަންހެންމީހާއަށް ދިނުމަށް ވާޖިބުވާ މުދަލެކެވެ. ކީރިތި ޤުރުއާނުގައި މިކަމާ މެދު އަމުރު ކުރައްވާފައި ވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވައި ބަސްފުޅެއްގެ މާނައިގައި ވެއެވެ. އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުން ރުހުމުން ދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!

ކައިވެނީގެ ރަނުގެ ގިނަ މަދު މިނުގައި ވަކި ޙައްދެއް ކަނޑައެޅިފައެއްނުވެއެވެ. ނަމަވެސް އެދެވިގެންވަނީ މާބޮޑު ރަނެއް ނުކިއުމެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަގެއްހުރި ކޮންމެ އެއްޗެއް ކައިވެނީގެ ރަނަކަށް ފެދޭނެއެވެ. މުސްތަޙައްބު ވެގެންވަނީ ކަިއވެނީގެ ޢަޤުދުގެ ތެރޭގައި ރަނުގެ ޢަދަދު ކަނޑައެޅިފައި އޮތުމެވެ. ނަމަވެސް ޢަޤުދުގެ ތެރޭގައި ރަން ނުކިއަސް ކައިވެނި ޞައްހަވާނެއެވެ.

ރަންކިއުމެއްނެތި ކައިވެންޏެއް ކޮށްފިނަމަ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ޙާޞިލްވުމުން ކައިވެނީގެ ރަންދިނުން ވާޖިބުވާނެއެވެ. އެއީ:

(1) ފިރިމީހާ އަމިއްލައަށް ރަނެއް ކަނޑައަޅައި އަނބިމީހާ އެރަނާ ޤަބޫލުވުން.

(2) ޤާޞީ ރަނެއް ކަނޑައެޅުން.

(3) އަނބިމީހާ ގާތުގައި ރޭކުރުން.

ފަހުން މިބުނެވުނު ދެގޮތުގައިވެސް ދިނުން ވާޖިބުވާނީ އެފަދަ އަންހެނެއްގެ ރަނެވެ. އެފަދަ ރަނެއް ކަނޑައަޅާނީ އޭނާގެ އުޙުތުންނާއި ބޮޑުދައިތައިން ފަދަ މީހުން ރަންކިޔާ އުޅޭ މިންވަރު ބަލައިގެންނެވެ.

ކައިވެނީގެ ރަނެއް ކަނޑައެޅުމުގެ ކުރީގައި ދެމަފިރިން ކުރެ މީހަކު މަރުވެއްޖެ ނަމަ، އެފަދަ އަންހެނެއްގެ ރަން ދޭންވާނެއެވެ. އަނބިމީހާއާ އެކު ރޭކުރުމުގެ ކުރީގައި ވަރިކޮށްފިނަމަ ރަނުގެ 2/1 ކެނޑޭނެއެވެ.

މަޙްރަމުންނޭ ބުނެވެނީ، މުސްލިމް އަންހެނުންކުރެ ތިމާ ކައިވަނިކުރުން ޙަރާމް އަންހެނުންނަށެވެ. މަޙްރަމުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ދާއިމީގޮތުން ކައިވެނި ޙަރާމް އަންހެނުންނާއި، ވަގުތީ ގޮތުން ކައިވެނި ޙަރާމް އަންހެނުންނެވެ. މީގެ ތެރެއިން ދާއިމީގޮތުގައި ކައިވެނި ޙަރާމް އަންހެނުން ތިން ބަޔަކަށް ބެހެއެވެ. ތިރީގައި މިވާ ތާވަލުގައި މިބައިތައް އެވަނީއެވެ.

މިބައިތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގަތުގައި ނަސަބުގެ ގޮތުން ކައިވެނި ޙަރާމް އަންހެނުންނީ:

(1) މަންމަ (މަންމައާއި ބައްޕަ ފަރާތު މާމައިންނާއި މުނިމާމައިން ކިތަންމެ މައްޗަށް ދިޔަކަމުގައި ވިޔަސް ބެލެވޭނީ މަންމައިން ކަމުގައެވެ.)

(2) އަންހެންދަރި (ތިމާއަށް ކާފަ، މުނިކާފަ ކިޔާ އަންހެންކުދީން ކިތަންމެ ދަށަށް ދިޔަނަމަވެސް އަންހެން ދަރީންގެ ތެރޭގައި ހިމެނޭނެއެވެ.)

(3) އުޙްތުން (ތިމާއާ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަންހެން ކުދިން)

(4) ބައްޕަ ފަރާތު ބޮޑުދައިތައިން

(5) މަންމަ ފަރާތު ބޮޑުދައިތައިން (ބައްޕަ ނުވަތަ މަންމަ އާ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަންހެނުން ކިތަންމެ މައްޗަށް ދިޔަ ނަމަވެސް ބޮޑުދައިތައިން ކަމުގައި ބެލެވޭނެ އެވެ.)

(6) އަޙްގެ އަންހެން ދަރީން (އަޙްގެ އަންހެން ދަރީންގެ އަންހެން ދަރީންނާއި އަޙްގެ ފިރިހެން ދަރީންގެ އަންހެން ދަރީން ކިތަންމެ ދަށަށް ދިޔަނަމެވެސް ބެލެވޭނީ އަޙްގެ އަންހެން ދަރީން ކަމުގައެވެ.)

(7) އުޙްތުގެ އަންހެން ދަރީން (އަޙްތުގެ އަންހެން ދަރީންގެ އަންހެން ދަރީންނާއި އުޙްތުގެ ފިރިހެން ދަރީންގެ އަންހެން ދަރީން ކިތަންމެ ދަށަށް ދިޔަނަމެވެސް ބެލެވޭނީ އުޙްތުގެ އަންހެން ދަރީން ކަމުގައެވެ.)




#Article 85: އިލްހާދު (154 words)


އިލްހާދު ނުވަތަ  () އަކީ އިލާހަކު ވާކަމަށް ޤަބޫލުނުކުރުމެވެ.އާއްމުގޮތެއްގައި މީގެ ދެބާވަތެއްވެއެވެ. އެއީ ބަލިކަށި އިލްހާދާއި ކައްޓަރު އިލްހާދެވެ.

 
މީގެތެރެއިން ބަލިކަށި އިލްހާދުގެ އަހުލުވެރިން ގަބޫލުކުރާގޮތުގައި އިލާހަކު ވޮޑިގެންވާންވީ އެއްވެސް ސަބަބެއްނެތެވެ.އެއްވެސް އިލާހެއް ގަބޫލުކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ.ނަމަވެސް
ބަލިކަށި އިލްހާދުގެ އަހުލުވެރިންގެ ވިސްނުން ވަނީ ކާއިނާތުގައިވާ ހުރިހާ ހަރަކާތެއްގެ ފަހަތުގައި ކޮންމެވެސް ޒާތެއްގެ ބާރެއް ވާކަމަށް ގަބޫލުކުރުމުގެ ފިކުރަށް ހުޅުވާލެގެންނެވެ. އެހެންނަމަވެސް އެބާރަކީ އިލާހީ ބާރެއް ނޫންކަމަށް އެމީހުން ގަބޫލުކުރެއެވެ.ޚައްޓަރު އިލްހާދަކީ ކަލާނގެ ނުވަތަ އިލާހު އޭކިއިދާނެ އެއްވެސް ފަރާތެއްނުވާކަމަށް ގަބޫލުކުރުމެވެ.މީގެ 
ބައެއްމީހުން ބުނާގޮތުގައި އިލާހަކު ވުމަކީ ވެދާނެކަމުގެ އެއްވެސް ފުރުސަތެއް އޮތްކަމއްވެސް ނޫނެވެ. އިލްހާދަކީ ވަކި ދީނެއް ނުވަތަ ވަކި އަގީދާއެއްނޫނެވެ.އެއީ ހަމައެކަނި އެއްވެސް އިލާހެއް 
ގަބޫލުނުކުރުމަށް ކިޔާއުޅޭނަމެކެވެ.

ހެވާއި ނުބައި ވަކިކުރުމުގައި ކަނޑައެޅިގެންވާ މިންގަނޑެއް މުލްހިދުންގެ މެދުގައި ނުވެއެވެ.އެހެންކަމުން ބައެއްމީހުން މުލްހިދުންނަކީ ހެވާއި ނުބައި ވަކިކުރާ ބައެއް ނޫންކަމަށް ތުހުމަތުކުރެއެވެ.ނަމަވެސް މުލްހިދުންގެ ތެރޭގައިވެސް އެހެން އަގީދާ ތަކުގެ އަހުން ފަދައިން މިކަމަށް ސަމާލުކަން ނުދޭމީހުންނާއި ހެވާއި ނުބައި ވަކިކުރާމީހުންވެއެވެ.

އާއްމުގެ ގޮތެއްގައި މުލްހިދުންގެ މެދުގައި ހެވާއި ނުބައި ވަކިކުރުން ބިނާވެފައި އޮންނަނީ އެމީހަކު އުޅެބޮޑުވާ މުޖްތަމައުގެ ވިސްނުމާއެއްގޮތް ގޮތެއްގައެވެ.އެހެންނަމަވެސް އެމީހުން މިމިންގަނޑަކީ ވަކި ދީނަކުން ނަގާފައިވާ އެއްޗެއްކަމަކަށް ނުބުނެއެވެ. މުލްހިދުންގެ މެދުގައި މިފަދަ މިންގަނޑެއް ކަނޑައެޅުމަށް ބައެއްކަހަލަ ގުރޫޕުތައް ހެދިފައި ހުރެއެވެ. މިސާލަކަށް ސެކިއުލަރ ހިއުމަނިޒަމް އަދި ބްރައިޓްސް މޫވްމެންޓް ފަދަ ހަރަކާތްތައް ހިމެނެއެވެ.މި ދެ ގްރޫޕަށް ނިސްބަތްވާ މުލްހިދުން ގަބޫލުކުރާ މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ.




#Article 86: އިހަވަންދޫ (ހއ. އަތޮޅު) (373 words)


ހ.އ.އިހަވަންދޫއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލެ އާ 312.83 ދުރުގައި ހައްދުންމަތީ އުތުރުބުރީގައި އޮންނަ ރަށެކެވެ.މިރަށުގެ ބޮޑުމިނުގައި 60.54ހެކްޓަރު (ދިގުމިނުގައި 880މީޓަރު އަދި ފުޅާމިނުގައި 860މީޓަރު) ހުރެއެވެ.

ރަށުގެ ޖުމްލަ އާބާދީ އަކީ 2545 އެވެ. އާބާދީގެ 51.7 އިންސައްތައކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. އުމުރުން 65 އަހަރުން މަތީގެ 71 މީހުން ތިބިއިރު،ރަށުގެ އަންހެނުންނާއި ފިރިހެނުންގެ އަދަދު ދާދި ހަމަހަމައެވެ.އެއީ 1286 އަންހެނުނާއި 1259 ފިރިހެނުންނެވެ .

މިރަށުގައި އާމްދަނީ ހޯދުމަށް ކުރެވޭ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.މަސްވެރިކަންކުރުމަށް މިރަށުގައި 40 މަސްދޯނި ވާއިރު އޭގެތެރެއިން މަދު ދޯންޏެއްނޫނީ ހުރިހާ ދޯނޏަކީވެސް 75 ފޫޓާއި 80 ފޫޓާ ދެމެދުގެ ބޮޑެތި ފައިބަރު ދޯނިފަހަރެވެ.މަސްވެރިކަން ރަނގަޅުވެއްޖެނަމަ ރަށުގެ ކޮންމެ މަސްވެރިއަކަށްވެސް 8000 ނުވަތަ ނުވަހާސްރުވިޔާ ހަފްތާއަކަށް ލިބެއެވެ.ރަށުގެ މައިގަނޑު ވިޔަފާރިތައް ފަށާފައިވަނީވެސް އަދި ރައްޔިތުން އިސްނަގައިގެން އިމާރާތްކޮށްފައިވާ ގިނަ އިމާރާތްތަކަކީވެސް މިމަސައްކަތުން ލިބޭ އާމްދަނީއިން ކޮށްފައިވާ ކަންތަކެވެ.އަދި ފައިބަރު ދޯނިފަހަރު ބަނުމުގައި ވެސް ލޯނު ނަގައިގެން ކުރަނީ ދޯނީގެ 50އިންސައްތަމަސައްކަތެވެ.

ރަށުގައި 11 ވަދުދޯންޏާއި، އަތޮޅުތެރެއަށާއި މާލެއަށް ދަތުރުކުރާ 1 ސަތަރި ދޯނި އަދި 3 ބައްތެލި ވެއެވެ.މިރަށުގައި އަ މިއްލަފަރާތްތަކުން ހިންގާ 34 ފިހާރައާއި 3ސައިހޮޓާ ހުރެއެވެ.އަދި ފެހުމުގެ މަސައްކަތްކުރާ 14 ތަނަކާއި 6 ވަޑާންގެއާއި 2ވޯކުޝޮޕު ހުރެއެވެ.

މިރަށުގައި 'އިހަވަންދޫ މަދަރުސާ'ގެ ނަމުގައި ސަރުކާރުން ހިންގާ ސުކޫލެއް ހުރެއެވެ.މިތަނުގައި ގުރޭޑު 12ގެ ފެންވަރަށް ތައުލީމު ހާސިލް ކުރެވެއެވެ. މިތަނަކީ އިހަވަންދޫ ރައްޔިތުން ކުރިން ހިންގަމުން އައިސްފައިވާތަނެކެވެ.ރައްޔިތުން ސަރުކާރާ މިތަން ހަވާލުކުރި އިރުވެސް މިތަނުގައި ގުރޭޑު 11 ގެ ފެންވަރަށް ތައުލީމުހާސިލް ކުރެވެއެވެ. އިހަވަންދޫ މަދަރުސާގައި ލައިބްރަރީއަކާއި ފިޒިކްސް އަދި ސައިންސް ލެބޯޓްރީއެއްގެ އިތުރުން ކޮމްޕިޔުޓަރ ލެބެއްގެ ޚިދުމަތް ލިބެންހުރެ އެވެ. އިންޓަރނެޓްގެ ޚިދުމަތް މުދައްރިސުންނަށާއި ދަރިވަރުންނަށް ދަނީ ލިބެމުންނެވެ.  މިރަށުގައި އަމިއްލަ ޖަމިއްޔާއަކުން 'ވަފާ ޕްރީ ސްކޫލް' ގެ ނަމުގައި ހިންގާ (ޔޫކޭޖީ އާ ހަމައަށް ކިޔަވާދޭ) ޕްރީ ސްކޫލެއް ހުރެއެވެ. އަދި ގުރޭޑް ބާރައާ ހަމައަށް ކިޔަވާދޭ 3 ޓިއުޝަން ސެންޓަރުވެސް ހުރެއެވެ.

މިރަށުގައި ސަރުކާރުން ހިންގާ އެއް ސިއްހީ މަރުކަޒުހުރެއެވެ.ރަށުގައި ހުންނަނީ އެއް ޑޮކްޓަރާއި ދިވެހި ބޭސްކުރާ އެކަކެވެ.މީގެ އިތުރުން ހެލްތުވޯކަރަކާއި ނަރުހެއް އަދި ފެމިލީ ހެލްތުވޯކަރަކާއި 3 ފޫޅުމައިން ތިބެއެވެ.ރަށުގައި ހުންނަނީ ޖުމްލަ 2 ބޭސްފިހާރައެވެ.މިދެތަނަކީވެސް އަމިއްލަ ފަރާތްތަކުން ރަށުގައި ހިންގާ ތަންތަނެވެ.ޔުނިސެފްގެ އެހީގައި ،މިރަށުގައި 30 ޖެނުއަރީ 1993 ގައި ބިންގާއަޅާ 23 މެއި  1995 ގައި ހުޅުވާފައިވާ އަންހެނުންގެ މަރުކަޒެއް ހުރެއެވެ.ރައްޔިތުން އިސްނަގައިގެން ބިނާކުރި މިމަރުކަޒަކީ ސިއްހީ ހިދުމަތުގެ ފެންވަރު ދަށް މިރަށުގައި ސާފުތާހިރު މާހައުލެއްގައި ވިހެއުމުގެ ފުރުޞަތު ހޯދައިދިނުމަށް ބިނާކުރެވިފައިވާތަނެކެވެ.

ރަށުގައި މޫދަށް ގުޅާފައި ހުންނަ ނަރުދަމާގެ ނިޒާމެއް ގާއިމްކުރެވިފައެއްނުވެއެވެ.ރަށަށް ކަރަންޓުދެނީ އަޕާ ނޯރތް ޔޫޓިލިޓީސް އިން ހިންގާ އިންޖީނު ގެއިންނެވެ.އެ އިންޖީނުގެއިން ރަށަށް 24 ގަޑިއިރު ދެމުން ގެންދެއެވެ..ރަށުގެ 473 ގޭގައި މީހުން ދިރިއުޅެމުންދާއިރު މީގެތެރެއިން އިމާރާތްކޮށްނިމި ފުރިހަމަވެފައިވަނީ 228 ގެއެވެ.އަދި 246 ގޭގައި ފާހާނާ ތަށި ބެހައްޓާފައިވާއިރު، 48 ގެއެއްގައި ފެންމޯޓަރުވެސް ހުރެއެވެ.ރަށުގެ ވަޅުފެން މީރުނަމަވެސް ވާރޭފެން ރައްކާކުރާ އާއްމު 6 ތާންގާއި އަމިއްލަ 262ތާންގި ހުރެއެވެ.

މިރަށަށް 26 ޑިސެމްބަރު 2004ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގެ އަސަރު ކޮށްފައިވެއެވެ.މިގޮތުން ރަށުގެ ހުޅަނގު އުތުރު ކަންމަތިން އަރައިގެން 50 ފޫޓު އެތެރެއަށް ރާށުއަރާ ރަށުގެ ދަނބުވާ  ކިޔާ ސަރަހައްދުގައި 200 ފޫޓަށް ލޮނުގަނޑުފެތުރިފައިވެއެވެ.މިތަނުގައި 1 ފޫޓު ފުންމިނުގައި ފެންހެދިފައިވިއެވެ.އަދި ޖުމްލަގޮތެއްގައި ބުނާނަމަ މުޅިރަށުގެ ތިންބައިކުޅައެއްބައިގާ ފެންބޮޑުވެފައިވިއެވެ.އަދި ރާޅު އަރާ ފައިބައިގެން ދިޔުމުގެ ތެރޭގައި ރަށުގެ ވާޓަރުގެ 960 ފޫޓު ދަށުން ފަސްގަނޑު ބަނދަރުތެރެއަށް ދަމައިގަތުމުގެ ސަބަބުން ވާޓަރުވަނީ ކަނޑައިގެން ގޮސްފައެވެ.އަދި މިހާދިސާގައި 2 ދޯންޏަށް ގެއްލުންވެފައިވެއެވެ.




#Article 87: ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން (360 words)


ނަންފުޅަކީ އަބްދުﷲ ދީދީއެވެ. ފަހުން ޢަބްދުﷲ ފަހުމީދީދީއެވެ. އެއަށްފަހު ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިލްލާމްއެވެ. ބައްޕާފުޅަކީ އައްޝައިޚް ހުތްޢަލީދީދީ އެވެ. މަންމާފަޅަކީ ނައިފަރު ތަންހަޅެގެ ފާތިމަތު ޙުސައިނެވެ. ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޛުލްޤައިދާ 1319ހ. (21 ފެބްރުއަރީ 1902މ.) ގައި ފާދިއްޕޮޅު ނައިފަރުގައެވެ.

ފަޞީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވާން ފެއްޓެވީ އެމަނިކުފާނުންގެ ބައްޕާފުޅުގެ އަރިހުންނެވެ. އަރަބިބަހުގެ ތެރެއަށް ވަދެވަޑައިގަތީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުން ކިޔަވާވިދާޅުވެގެންނެވެ. އެމަނިކުފާނުގެ އަރިހުގައި ކިޔަވާ ވިދާޅުވާން އުޅުއްވަމުން ދިވެހި ސަރުކާރުގެ އެހީގައި މިޞްރަށް ކިޔަވާވިދާޅުވުމަށް 23 ނޮވެމްބަރ 1926މ. ގައި ވަޑައިގަތެވެ. އެމަނިކުފާނު ޖާމިޢުލްއަޒްހަރަށް ވަދެވަޑައިގެން އެތަނުގައި ހަތްއަހަރު ދީނީ ޢިލްމު އުގެނިވަޑައިގަތެވެ. ކިޔަވާ ވިދާޅުވެ ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގަތީ 6 ނޮވެމްބަރ 1932މ. ގައެވެ.

ކިޔަވާ ވިދާޅުވުން ނިންމެވުމަށްފަހު ރާއްޖެ ވަޑައިގެން އެމަނިކުފާނު ގަސްތު ކުރެއްވީ އެމަނިކުފާނުގެ ރަށްކަމުގައިވާ ނައިފަރުގައި ދިރިއުޅުއްވާށެވެ. ދެން އެމަނިކުފާނު އެދިވަޑައިގަންނެވި ގޮތަށް ސަރުކާރުން ހަމަޖައްސައި ދެއްވުމުން ރަށަށް ވަޑައިގެން މީހުންނަށް ޢިލްމު އުނގަންނައި ދެއްވަން ފެއްޓެވިއެވެ. އަދި މިދުވަސްވަރު އެމަނިކުފާނު ސަރުކާރުގެ އެހީ ހޯއްދަވައިގެން ނައިފަރުގައި މަދަރުސާ އެއް އުފެއްދިއެވެ. އެއީ މިހާރުވެސް އަޅުގަނޑުމެން ދަންނަ އަދި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިނގާތާ އެންމެ ގިނަ ދުވަސްވީ މަދަރުސަތުލް އިފްތިތާޙް އެވެ. މި މަދަރުސާ ހުޅުވުނީ 27 ޞަފަރު 1352ހ. ( 22 ޖޫން 1933މ. ) ގައެވެ. އެމަދަރުސާގެ މުދައްރިސަކީ ޚުދު އެމަނިކުފާނު އެވެ. ސަރުކާރުން އެތަނަށް ޢައްޔަން ކުރެއްވި ނާޡިރަކީވެސް އެމަނިކުފާނުއެވެ.
އެމަނިކުފާނު ނައިފަރުގައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްވަރު ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމް ވިއެވެ. އަދި ޤާނޫނީ އަސާސީ އެއްގެ ދަށުން ކަނޑައެޅިގެންވާ ރައްޔިތުންގެ މަޖިލީހެއް އުފެދި އެމަޖިލީހުގެ ފާދިއްޕޮޅުގެ ދެމެމްބަރުން ކުރެ އެއް މެމްބަރުކަމަށް ޝައިޚް އަބްދުއްﷲ ޖަލާލުއްދީން އިންތިޚާބު ވިއެވެ. ހަމަ އެދުވަސްވަރު ޝަރީޢަތަށް ލަފާ އަރުވާ ދަންނަ ބޭކަލުންގެ މަޖިލީހެއްވެސް އުފެދުނެވެ. އެމަޖިލީހުގައިވެސް އެމަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ.

ފަޟީލަތުއްޝައިޅް އަބްދުއްﷲ ޖަލާލުއްދީނަކީ މީހުންނަށް ދީނީ އިލްމު އުނގަންނައި ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން ލިޔުއްވާފައިވާ ގިނަގުނަ މަޒްމޫނުތަކާއި ދީނީ ފޮތްތައް ހިމެނެއެވެ. އަދި އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން ވަރަށް ގިނަ ޅެންތަށް ހައްދަވާފައިވާ ބޭފުޅެއްވެސް މެއެވެ. އެމަނިކުފާނު އިމާރާތް ކުރެއްވުމުގައި ގެންގުޅުއްވާ ގޮތްކޮޅާއި އޭގެ ފޭރާން ހެޔޮކަމާއި ރީތިކަމާއި މޮޅުކަން އެމަނިކުފާނު ލިޔުއްވި ރަބީޢީ ނޫރު ވިދާޅުވަމުންދާއިރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ފަޟީލަތުއްޝައިޅް އަބްދުއްﷲގެ ޢާއިލާ ދިރިއުޅުއްވުމާއި ބެހޭގޮތުން ޢިލްމީ ޙިދުމަތްތެރިން 1 މިނަން ކިޔާ ފޮތުގައި ހ.ޝަފީޤުގެ އަލްފާޟިލް އަހްމަދު ޝަފީޤު ލިޔުއްވާފައިވަނީ:

އަބްދުއްﷲ ފަހުމީ އަށް ދެތިން ބަނޑަށް ބޭފުޅުން ލިބިވަޑައިގަތެވެ. ބައެއް ދަރިކަލުންނާއި ދަރިކަނބަލުން ބައްޕަގެ ހަޔާތްޕުޅުގައި ދުނިޔެ ދޫކުރެއްވިއެވެ. 1980މ. ގެ އަހަރުތަކަސް އެޅިގެން މިހާރު ހުންނެވި އިސް ދަރިކަލަކީ ޢިލްމީ ޤާބިލިއްޔަތުކަން ހުރި އަޙްމަދު ހަމީދު ފަހުމީ އެވެ. ބައްޕަ އާއި އެންމެ އެއްކަހަލަ ދަރިކަލުންނެވެ.
އަބްދުއްﷲ ފަހުމީ އަކީ އަބަދުވެސް ދުނިޔެ އުޅުންތެރިއެކެވެ. އަބަދުވެސް އަމިއްލަ މަސައްކަތްޕުޅުން އަތްޕުޅުމަތި ތަނަވަސް ކުރެއްވި ބޭފުޅެކެވެ. މާބޮޑު މުދާވެރި ފައިސާވެރި ބޭކަލަކަށް ނުވިޔަސް ދީލަތިކަމާއި އެކު އަނެކުންނަށް އެހީވެވޭ ވަރުގެ ތަނަސްވަކަމެއް ހުރެގެން އެހީ ފޯރުއްވެވި ދީލަތި އުޅުންތެރިއެކެވެ. އުޚްރަވީ ކަންކަމުގައި މިބުނި ހިނދުންވެސް މަރުވެދާނެކަމަށް ދުނިޔަވީ ކަންކަމުގައި އަބަދަށް ދެމިހުރި މުޙައްރިރެއްކަމަށް ބެލުމަށް ބުނެވޭ ބުއްދިވެރި ބަހަށް އަމަލު ކުރި ދިވެހިންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.




#Article 88: އެނަމާބޯޓު ކާރިސާ (397 words)


އެނަމާ ބޯޓުގެ ކާރިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ.ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް  ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24މީހުންމަރުވެ 2 މީހަކު ގެއްލިފައިވެއެވެ.މިކާރިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ.މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮތީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

މިކާރިސާހިނގި ދަތުރަކީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ.އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިލާބައްދަލުކުރިމެޗެވެ.މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އިންޖީނިހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރުފެށިއެވެ.ދެން އޭގެފަހުން ހުރިހާކަމެއްވެސް އާދައިގެމަތިންގޮސް މިކާރިސާއާކުރިމަތިވީ ބޯޓުގައި ގިނައަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތްޖަހަމުންދަނިކޮށް ވަރަށްކުއްލިގޮތަކަށް އެރޭ 8:30ކަންހާއިރުއެވެ.މިކާރިސާ ހިނގާފައިވާގޮތެއްކަމަށްވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ'ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުންޖަހާލައިގެންނެވެ.

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ.މިހާމަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ކަމާބެހޭ ބައެއް މާހިރުން ދެކެއެވެ.ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް މިފަރާތްތަކުން ދެކެއެވެ. އެބޯޓުގެ ކެޕްޓަން މުހައްމަދު ޒާހިރު (އޭރު އުމުރުން 42 އަހަރުގެ) ބުނެފައިވަނީ  އެ ރާޅަކީ ބޮއްކުރައަކަށްވެސް އޭގެން އަސަރުނުކުރާނެވަރުގެ ކުޑަ ކުޑަ ރާޅެއްކަމަށެވެ.އޭނާ ބުނެފައިވަނީ ވިލިނގިލިން ފުރައިގެން ދެއްވަދޫއާހަމައަށް އައިއިރުވެސް ބޯޓް ރޯލުނުކުރާކަމަށެވެ.އަދި އެ ކުޑަ ކުޑަ ރާޅުގައި ޖެހި އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު ބަންޑުންޖަހާލީއެވެ.އޭނާ ބުނެފައިވާގޮތުގައި ބޯޓުބަންޑުން ޖަހާލިވަގުތު އިންޖީނު ރޫމުގައި ރޯވެފައި ހުރި މަންޒަރު އޭނާއަށް ފެނިފައިވެއެވެ.އަދި އޭގެ ދުންގަނޑު މުޅިބޯޓަށް ފެތުނުކަމަށްވެއެވެ.އަދި ތެޔޮތައްވެސް ބުރައިގެންގޮސް ބޯޓާއި ބޯޓު ކައިރީ ވަށައިގެން ކަނޑުގައިވެސް ޑީސަލް ހުރިކަމަށްވެއެވެ.
އެމީހުންނަށް ފުރަތަމަ އެހީވީ ރާޅު އުފައްދާފައި ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯންޏެވެ.ޢޭގެފަހުން ގއ.ދާންދޫ މިޔަރެން ދޯނި މިކާރިސާ ހިނގިވަގުތު އެނަމާ ބޯޓުކައިރިއަށް ގޮސް އެމީހުންނަށް އެހީނުވެ ވަނީ ގޮއްސައެވެ.އެ ކާރިސާއިން ސަލާމަތްވީ މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެ ތެރެއިން ގިނަބަޔަކު ސަލާމަތް ކުރެވުނީހެވެ.ނަމަވެސް 12 ޓަނުގެ މަސް އެބަހުއްޓޭ މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ ކިޔާފައި ހާލުގައި
ޖެހިފައި ތިބި މީހުންނަށް އެހީނުވެ މިދޯނި ދިޔައީއެވެ.އަދި މީގެތެރެއިންބައެއްމީހުންނަށް ފަހުންވަނީ ގާނޫނީގޮތުން ހައްގު އަދަބުދެވިފައެވެ.

މިކާރިސާގައި ނިޔާވި އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް  އެހީތެރިވުމަށް އެނަމާ ފަންޑުގެ ނަމުގައި 5އަހަރުދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ީ ހައިރާތުފަންޑެއް ހުޅުވިއެވެ.ބޭންކް އޮފް މޯލްޑިވެސްގެ ތިނަދޫ ގޮފީގައި ހުޅުވާފައިވާ މިހައިރާތު އެކައުންޓުގެ ނަމްބަރަކީ (170304) 003 -411201-7710 އެވެ.މިފަންޑަށް 2006 ވަނައަހަރުގެ ފެބްރުއަރީމަހާ ހަމައަށް 2.4 މިލިޔަން ރުފިޔާލިބިފައިވެއެވެ.އަދި  2005 ޑިސެމްބަރުގެ ނިޔަލަށް 1.8 މިލިޔަން އަދި 2006 ގެ ފެބްރުއަރީމަހުގެތެރޭގައި

މިކާރިސާގައި  ނިކަމެތިކަން ލިބުނު އާއިލާތަކަށް އެހީތެރިވުމަށް ގދ.ތިނަދޫ މަސްވެރިންނާއި އޮޑިވެރިން އިސްނަގައިގެން (ޖުމްލަ 14 ދޯނި)27 މާރޗް 2004ން ފެށިގެން ވިދވިދިގެން 3ދުވަހު މަހަށްގޮސް އެމީހުން އެއްކުރިފައިސާ އާއިލާތަކަށް ދީފައިވެއެވެ.މިއާއިލާތަކަށް އެހީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުންޏެއްކަމަށްވާ ދިރާގުގެ ފަރާތުން 3 އޭޕްރިލް 2004ގައި ދޮޅުލައްކަ ރުފިޔާގެ އެހީއެއް ވެފައިވެއެވެ.

ބޯޓު އަޑިއަށް ގޮސްފައި އޮތް ހިސާބުގެ ފުންމިނުގައި 79 މީޓަރު ހުރިއެވެ.އޭރު ބޯޓުގެ އުމުރުން ވަނީ 7 އަހަރުވެފައެވެ.ޢެބޯޓުގެ ދިގުމިނުގައި ގާތްގަނޑަކަށް 55 ފޫޓު ހުރިއެވެ.




#Article 89: ދިވެހި އަދަބީ ތާރީހް (397 words)


ދިވެހި އަދަބީ ތާރިހް ބެހިގެން ވަނީ މައިގަނޑު ތިން ދައުރަކަށެވެ. އެއީ އިންސާނެއްގެ އުމުރުގެ ކުރީ ކޮޅުގެ ތިން ދައުރާއި އެއްގޮތަށެވެ. އެންމެ ފުރަތަމަ ޅަފަތުގެ ދައުރު އެވެ. އެއަށް ފަހު ދެވަނަ އަށް ފިރުކިގަތް ދައުރު ފިރުކެންފެށި ދައުރެވެ. ތިންވަނަ ދައުރަކީ ހިނގައި ގަނެވުނު ދައުރެވެ.
މިއިން ކޮންމެ ދައުރެއް އަނެއް ދައުރަށް ބަދަލުވެގެން ދިޔައީ ސަބަބު ތަކަކާއި ލައިގެންނެވެ. ދިވެހިންގެ ތެރެއަށް އިލްމު ފެތުރި އާންމުވެގެން ދިޔުމާއި، އޭގެ ސަބަބުން މީސްތަކުންގެ ވިސްނުމަށް ބަދަލު އައުމާއި، ލިޔެކިޔުމާއި، ޗާޕުގެ މަސައްކަތް ފަސޭހަ ވުމަކީ މީގެ ސަބަބުތައް ކަމުގައި ބެލެވެއެވެ.

ދިވެހި އަދަބީ ތާރީހުގެ އެންމެ ފުރަތަމަ ދައުރަކީ ބަޔާންވެ ދިޔަ ފަދައިން ޅަފަތުގެ ދައުރެވެ. މިދައުރަކީ އެއްގޮތަކަށްވެސް ޗާޕު ކޮށްގެން ލިޔުންތައް ލިޔެވުނު ޒަމާނެއް ނޫނެވެ. އެހެންކަމުން އެޒަމާނުގައި އަތުން ލިޔެގެންނާއި އަނގަބަހުން ކިޔައި ދީގެން ގެންގުޅުނު އަދަބީ ތަރިކައިގެ އެތައް އެއްޗެއް މިޒަމާނަށް އައި އިރު ވަނީ ގެއްލިފައެވެ. އެގޮތުން މިދުވަސްވަރުގެ އަދަބީ އުފެއްދުން ތަކުގެ ތެރެއިން މިހާރު ފެންނަން ހުރީ އެދުރު އުމަރު މާފަތް ކަލޭގެފާނު ބޮޑުތާހީދާއި (ރައިވަރު ފޮތެއް) ،އައްޑޫ ބަނޑޭރި ހަސަން މަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރެވެ. 
މިދެންނެވި ބޮޑުތާހީދާއި، ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރަކީވެސް އަތްއަތް މަތިން ރައްކާ ކުރެވިފައިވާ ތަކެއްޗެވެ. މިއީ ދިވެހި އަދަބުގެ ޅަފަރުގެ ދައުރުގެ އަދީބުންގެ ލިޔުންތެރިކަމުގެ ހުނަރުގެ އަލިގަދަ ހެކިތަކެވެ.

ދިވެހި އަދަބުގެ ތާރީހުގެ ފިރުކެންފެށި ދައުރަކީ ކުރީގެ ދައުރަށް ވުރެ، އިލްމުވެރީން ގިނަވެފައިވާ ދުވަސްވަރެކެވެ. އެންމެ ފުރަތަމަ ލިޔުންތައް ޗާޕު ކުރެވެން ފެށީ މިދައުރުގައެވެ. އަދި ދިވެހި ޅެންވެރިކަމަށް އާވައްތަރެއް ތަޢާރަފްވެގެން ދިޔައެވެ. އެއީ ޅެމެވެ. މިގޮތުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ ހުތް އަލިދީދީ އެވެ. އެއީ އަރަބި ޅެންވަޒަނެއް އަސްލަކަށް ބައްލަވައިގެންނެވެ. ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރުގެ ލިޔުންތަކަށް ބަލާއިރު އަދަބިއްޔާތަށް ފާހަނގަ ކުރެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެއް ނުފެނެއެވެ. މިދެދައުރުގެ ލިޔުންތައް ހުރީ ދާދި އެއްގޮތަކަށެވެ.

މިދައުރުގައި ފާހަނގަ ވެގެން ދާ އަނެއްކަމަކީ ނައިބުތުއްތުގެ މަސައްކަތްތެރިކަމެވެ. އެކި ރޮނގު ރޮނގުން ފޮތްލިޔުއްވައި، ރައިވަރު ހެއްދެވިއެވެ. އަދި އެކަކުގެ އަތުން އަނެކަކުގެ އަތަށް ނަކަލުކުރެވެމުން އައި އައްޑޫބަނޑޭރި ހަސަން މަނިކުފާނުގެ ރައިވަރުތަކުން ކުށް ފިލުއްވައި ރަނގަޅު ކުރެއްވިއެވެ. 

ނައިބުތުއްތުގެ އެންމެ އިސް އެއް ދަރިވަރަކީ ހުސެއިން ސަލާހުއްދީނެވެ. ނައިބު ތުއްތުގެ އަދަބީ މަސައްކަތްތަށް މިއަދާއި ހަމަޔަށް ގެނެސްދިން ބޭފުޅަކީ ހުސެއިން ސަލާހުއްދީނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިސަބަބަށްޓަކައި ހުސެއިން ސަލާހުއްދީން ހިމެނި ވަޑައިގަންނަވަނީ ދިވެހި އަދަބުގެ ތާރީހުގެ ފިރުކެންފެށި ދައުރާއި ހިނގައިގަނެވުނުދައުރާ ދެ ދައުރުގެވެސް އަދީބަކަށެވެ.
އައްޑޫ މީދޫ ގަނޑުވަރު ޙަސަންދީދީ ގެ ދަރިކަލުން އެޅަގޭ ޢަބްދުﷲދީދީއަކީ ދިވެހި ރައިވަރުގެ ފުންނާބު އުސް އުސްތާޛެކެވެ. މިރޮނގުގައި އޭނާގެ އެންމެ ފާހަގަ ކުރެވޭ އެއްދަރިވަރަކީ ބޮޑު ފެންވަޅުގޭ ސީދީއެވެ.

ދިވެހި އަދަބިއްޔާތަށް ފާހަނގަ ކޮށްލެވޭ ބަދަލެއް އައިސްފައިވަނީ ހިނގައިގަނެވުނު ދައުރުގައެވެ. އެހެންނަމަވެސް ހިނގައިގަނެވުނު ދައރު ފެށުނު ދުވަސްވަރުގެ ލިޔުންތަކާއި އިބާރާތްކުރުމުގެ ވައްތަރުތައް ހުރީ ފިރުކެންފެށި ދުވަސްވަރުގެ ލިޔުންތަކާއި ދާދި އެއްގޮތަށެވެ. ނަމަވެސް މުހައްމަދު އަމީން އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ އެއްގެ ގޮތުން މިކަން ބަދަލު ކުރެއްވިއެވެ. އިބާރާތް ކުރުމާއި ޖުމްލަ އެކުލަވައިލުމުގައި އާ ގޮތްތަކެއް ހޯއްދެވިއެވެ. އެދުވަސް ވަރުގެ ލިޔުންތެރީންނާއި އަދީބުން މިކަން ކުރިއަރުވައި އާލާ ކުރިއެވެ.
ރާއްޖެއަށް ތައުލީމު އާންމު ކުރުވަން ފެއްޓެވީ ވެސް މިދުވަސްވަރުގައެވެ. އަދި މިދުވަސްވަރު ޅެންވެރިންނާއި، އަދީބުންނާއި، ވާހަކަދެއްކުންތެރިން އުފެދިގެން ދިޔައެވެ.
ރާއްޖޭގައި ނޫސްވެރިކަމާއި، އަދަބީ ޚަރަކާތެއްގެ ގޮތުގައި ޚަރަކާތްތަކެއް ހިނގަންފެށި އެންމެ ފުރަތަމަ ނޫސް މަޖައްލާ ނެރެން ފެށުނެވެ. އަދި ކުރިން ލިޔަމުން އައި ތާނައިގެ އަކުރުތަކުގެ ފައިކޮޅު ކުރުކުރެވުނެވެ. އޭގެ ކުރީގައި ލިޔެ އުޅުނީ ފައިކޮޅު ދިގު ތާނަ އަކުރުންނެވެ. ހިނގައިގަނެވުނު ދައުރުގެ ކުރީގައި ޖުމްލަތައް ބޭނުން ކުރަނީ އެވެ ބޭނުން ނުކޮށް ހުށި، މެއަ ފަދަ ގޮތަކަށެވެ.

މިސާލު




#Article 90: ޙުސައިން ޞަލާޙުއްދީން (224 words)


ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އެންމެ ޚިދުމަތްތެރި އަދީބެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލްޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ. މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ޞަލާޙުއްދީން ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީންއަށެވެ. އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު  ލިބުނެވެ.

ބައްޕާފުޅަކީ ރަނަހަމާދި ތަކުރުފާނުގެ ފުތް އައްޝައިޚް އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ދަރިކަނބަލުން ޒުލައިޚާބީގެ ދަރިކަނބަލުން އަތިރީ ޙައްވާބީގެ ދަރިކަނބަލުން އަތިރީ ކަމަނާއާ، އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅިނަހާ) ގެ ފުތް ފަސްމަންދޫ އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކުރުފާނު ކައިވެނި ބައްލަވައިގެން، މި ދެކަނބަލުންނަށް ލިއްބެވި ފާޠިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުއާ، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން، މި ދެކަނބަލުންނަށް ފުރަސޫތާވި ދަރިކަނބަލުން ޢާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން މާވާ މަރްޔަމްދީދީގެ މާވާ ޙުސައިންދީދީގެ އާމިނާ މެދު ދީދީގެ ބޮޑުގަލު މޫސާ ދީދީއެވެ.

ޞަލާހުއްދީންގެ މަންމާފުޅަކީ ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނުގެ ޒަކަރިއްޔާކަލޭފާނުގެ މުސާކަލޭފާނުގެ، ދަރަވަންދޫގޭ ތުއްތު މަނިކެ އެވެ. ޞަލާހުއްދީނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިންނެވެ. އޭރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުންނެވެ. ޞަލާހުއްދީންގެ ފުރަތަމަ އުސްތާޒަކީ އަލްފަޤީހު އިބްރާހީމް ބިން ޙުސައިން ތަކުރުފާނު (އައްޑު މީދޫ އައިސާބީ ގެދަރު ދޮންބެއްޔާ) އެވެ. އޭގެ ފަހުން ކިޔަވައި ވިދާޅުވީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ގެ އަރިހުންނެވެ.

ހުސެއިން ސަލާހުއްދީން އަވަހާރަވީ 1948 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ އައްޑޫ އަތޮޅު ސ.ހުޅުދޫގައެވެ.




#Article 91: ދިވެހި ކިޔަވާކުދިންގެ ޖަމިއްޔާ މިސްރު (367 words)


އެވޭލާ ޒަމާނުއްސުރެ މިޞްރު ބެލެވިފައިވަނީ ދިވެހީންގެ ވަރަށް މުހިންމު ތަޢުލީމީ ޤިބުލައެއްކަމުގައެވެ. އެހެންކަމުން މަދުނޫން ޢަދަދަކަށް އަބަދުވެސް މިޞްރުގައި ދިވެހި ކުދިން ތަޢުލީމް ޙާސިލްކުރަމުންދެއެވެ. މިޞްރުގައި އޮންނަ، ދިވެހީންގެ މި ކުޑަކުޑަ ޖަމާޢަތް ތަމްސީލުކޮށްދޭ ޖަމްޢިއްޔާއެއް ހެދުމަށް ޚިޔާލުކުރެވި އެކަމަށް އެންމެ ފުރަތަމަ ޢަމަލީ ސިފައެއް ގެނެވުނީ 1966 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. އެއަށްފަހު 1967 ވަނައަހަރު ފެބްރުއަރީ މަހުގެ 22 ވަނަދުވަހު މިސްރުގެ އިޖްތިމާޢީ ކަންތައްތަކާބެހޭ ވުޒާރާގައި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވުނެވެ. އޭރު ޖަމްޢިއްޔާގައި ތިބި މެމްބަރުންގެ ޢަދަދަކީ ހަމަ އެންމެ 28 އެވެ. 

ޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމަށްފަހު ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގަންފެށުނެވެ. މިޞްރުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމާއިއެކު، ރަސްމީ ސިފައެއްގައި މިޞްރުގައިތިބޭ ކިޔަވާކުދީން ތަމްސީލުކުރާ ފަރާތަކީ ދ.ކ ޖަމްޢިއްޔާ ކަމުގައި ވެގެންދިޔައެވެ. ޢަރަބި ދުނިޔެއަށް ދިވެހިރާއްޖެ ތަޢާރަފްކޮށްދިނުމަށްޓަކައި ކިޔަވާ ކުދިބަޔަކަށް ކުރެވޭނެ އެންމެ ފުޅާ ދާއިރާއެއްގައި މުހިންމު މަސައްކަތްތަކެއް ޖަމްޢިއްޔާއިން ވަނީ ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެއާއިބެހޭ ލުއިފޮތް ޝާއިޢުކުރުމާއި އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތް ދައްކުވައިދޭ ވަރަށް ފުރިހަމަ މަޢުރަޒެއް ބޭއްވުން ހިމެނެއެވެ.

މީގެ އިތުރުންވެސް މިޞްރުގެ ޔުނިވަރސިޓީތަކުގައި ދިވެހި ކުދީންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގައި ޖަމްޢިއްޔާ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ

ޖަމްޢިއްޔާ އުފެދުނުތާ ސާދަވަރަކަށް އަހަރަށްފަހު ޖަމްޢިއްޔާގެ ޙަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައެވެ. މިހެން ދިވާމާންޖެހުނީ މިޞްރަށް ކިޔަވަން އަންނަކުދިންގެ ޢަދަދު މަދުވުމާއިގުޅިގެންނެވެ. ނަމަވެސް 1987 ވަނަ އަހަރާއި ހަމައަށް އައިއިރު މިޞްރުގައިތިބި ދިވެހި ކިޔަވާކުދިންގެ ޢަދަދު ފަންސާހަށްވުރެ މައްޗަށް ދިޔުމާއިއެކު ޖަމްޢިއްޔާގެ ޙަރަކާތްތައް އަލުން ފެށުނެވެ. ޙަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުމުގެ ކުރިން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްފަހު ރަސްމީގޮތުން ޖަމްޢިއްޔާގެ ޙަރަކާތްތައް ފެށުނީ 3 ފެބްރުއަރީ 1988 ގައެވެ.

ރައީސް:	          އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް   
 	
ނާއިބު ރައީސް:	އަލްއުސްތާޛް ފަތުހުﷲ ޖަމީލް
 	
ސެކްރެޓަރީ:	         ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން
 	
ޚަޒާންދާރު:	         އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް
 	
ނާއިބު ސެކްރެޓަރީ:	އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޚަލީލް
 	
ނާއިބު ސެކްރެޓަރީ:	އަލްއުސްތާޛު ޢަބޫބަކުރު ޢަލީ 
 	
ނާއިބު ޚަޒާންދާރު:	އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން 
 	
މެމްބަރު:	         އަލްއުސްތާޛު އާދަމް މޫސާ

ޖަމިއްޔާ ބިނާވެގެން ވަނީ މައިގަނޑު 3 ބަޔަށެވެ. އެ ބައިތަކަކީ 

މިކޮމިޓީގައި ހިމެނެނީ 13 މެމްބަރުންނެވެ. ކޮމިޓީއަށް މެމްބަރުން ހޮވަނީ ޢާންމު މެމްބަރުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުންނެވެ. ޢާމިލް މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހަމަ ކޮންމެ މެމްބަރަކަށްވެސް މި އިންތިޚާބުގައި ބައިވެރިވުމުގެ ޙައްޤު އޮވެއެވެ. ހިންގާ ކޮމިޓީގެ ޢުމުރަކީ 6 އަހަރެވެ. އޭގެ ތެރެއިން ކޮން 2 އަހަރަކުން 1 އަހަރު ކޮމިޓީގެ 3 ބައިކުޅަ 1 ބައި މެމްބަރުންގެ ބަދަލުގައި އާ މެމްބަރުން އިންތިޚާބު ކުރެވެއެވެ. މީގެ އިތުރުން ކިޔެވުން ނިންމާލުމަށްފަހު، ނުވަތަ އިސްތިއުފާ ދިނުމަށްފަހު ކޮމިޓީން ވަކިވާ ކޮންމެ މެމްބަރެއްގެ ބަދަލުގައި އާ މެމްބަރެއް ގެނެވެއެވެ. 2 އަހަރުން 1 އަހަރު މެމްބަރުން އާކުރާއިރު މިގޮތަށް އިތުރުވާ މެމްބަރުންގެ ބަދަލުގައިވެސް އާމެމްބަރުން އިންތިޚާބު ކުރެވެއެވެ. އަދި 6 އަހަރު ހަމަވުމުން މުޅިން އާ ހިންގާ ކޮމިޓީއެއް އިންތިޚާބު ކުރެވެއެވެ. 

ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމުގައި ތިން ސަބްކޮމިޓީއަކުން ޙަރަކާތްތެރިވެއެވެ. މިކޮމިޓީތަކަކީ ކިޔަވާކުދިންގެ ކޮމިޓީއާއި، ޘަޤާފީ ކޮމިޓީއާއި ފަންނާއި ކުޅިވަރު ކޮމިޓީއެވެ. މިކޮމިޓީތައް އުފެއްދުމުގެ ބޭނުމަކީ ޙަރަކާތްތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ވީހާވެސް ގިނަކުދީންނަށް ހޯދައިދިނުމެވެ.

މިސްރުގައި ތިބޭ ދިވެހި ކުދިންގެ ތެރެއިން ޖަމްޢިއްޔާގައި ބައިވެރިވާން އެދޭ ހަމަ ކޮންމެ ކުއްޖަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 10 މެއި 2007 ވަނަ ދުވަހާއި ހަމައަށް،ޖަމްޢިއްޔާގައި ތިބި މެމްބަރުންގެ ޢަދަދަކީ 119 އެވެ.

 




#Article 92: ނޮޅިވަރަމު (ހދ. އަތޮޅު) (1718 words)


ނޮޅިވަރަމަކީ ތިލަދުންމަތީ ދެކުނުބުރީގެ އިރުމަތީ ބިތުގައި އަތޮޅުވެރިކަން ކުރާރަށް ކުޅުދުއްފުއްޓާއި، ކުރިން އަތޮޅުވެރިކަން ކުރި ނޮޅިވަރަންފަރާ ދެމެދުގައި، ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 277.80 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ބޮޑު، އާބާދީގެ ގޮތުން ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ B9 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 221.10 ހެކްޓަރެވެ. ދިގުމިނުގައި 2170 މީޓަރު، ފުޅާމިނުގައި 1150 މީޓަރު ހުރެއެވެ.
މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެކެވެ. މިކަމުގެ ސަބަބުން އަހަރުގެ ގިނަ ދުވަސްތަކުގައި ރަށުން ފުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް 2006 ވަނަ އަހަރު ސަރުކާރުން ފެއްޓެވި ބަނދަރު ހެދުމުގެ މަސައްކަތް، 2007 އެޕްރީލްގައި ވަނީ ނިމިފައެވެ. މި ބަނދަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްޕައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ހަދައިފައިވާ ބަނދަރެކެވެ. މިރަށް މަޝްހޫރުވެފައިވަނީ އެންމެ ގިނައިން ބިލެތް ހައްދާ، މާލެ ގެނެސް ވިއްކާ ރަށުގެ ގޮތުގައެވެ. މާލޭގައި ހުންނަ ރާއްޖޭގެ ތަކެތި ވިއްކާ މާރުކޭޓުގައި ވިއްކަން ހުންނަ ބިލެތުގެ ބޮޑުބައެއް ހިއްސާކުރަނީ މިރަށުގެ ބިލެތެވެ.

ނޮޅިވަރަމުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ޒަމާނުއްސުރެ ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. އެންމެ ގިނައިން ހައްދާ ބާވަތަކީ ބިލެތާއި ފަތްކޭލެވެ. 
މީގެތެރެއިންވެސް އެންމެ ގިނައިން ހައްދާ ބާވަތަކީ ދިވެހިންގެ ދުފުމުގައި ބޭނުންކުރާ ބިލެތެވެ. ބިލެތް ހައްދަނީ ގޯތިތެރޭގަޔާއި ވަލުތެރޭގައެވެ. ބިލެތަކީ ވެލަށް ދުވާ އެއްޗެއްކަމުން، ބިލެތް އަރުވަނީ ބޮޑެތި ގަސްގަހަށެވެ. މިގޮތުން އެންމެ ގިނައިން ބިލެތް އަރުވާފައި ހުންނަނީ ވަރުކަނދު ގަސްގަހަށާއި ރުއްރުކަށާއި މިދިލި ގަހަށެވެ. މާކަށިކެޔޮ ގަސްގަހަށާއި މުރަނގަ، އުނި، ނިކަ ފަދަ ގަސްގަހަށް ވެސް އަރުވައެވެ. މޭވާ އަޅާ ބޮޑެތި ގަސްގަހަށް ވަރަށް ނާރުވައެވެ. އެއީ ބިލެތަކީ އޭގެ ހަކިތަކުން ގަހުގައި ހުންނަ ފެން ދަމާ އެއްޗަކަށް ވާތީ އެފަދަ ގަސްގަސް މަރުވާތީއެވެ. ޚާއްސަކޮށް އަނބުގަސްގަހަކަށް ބިލެތެއް ނާރުވައެވެ.

ދެން އެންމެ ގިނައިން ހައްދާ ބާވަތަކީ ފަތްކޭލެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހައްދައެވެ. ފަތްކެޔޮ ހައްދަނީ ގޯތިތެރޭގަޔާއި ކެޔޮ އިންދުމަށް ޗަސްބިމުން ދޫކޮށްފައިވާ ބިންތަކުގައެވެ.

މިރަށުގެ ރައްޔިތުންނަށް ފަސްއަހަރުގެ މުއްދަތަށް 2006 ވަނަ އަހަރު ވަނީ ދަނޑުދޫކޮށްފައެވެ. މިދަނޑުތަކުގައި އެންމެ ގިނައިން ހައްދާ ބާވަތްތަކަކީ ފަޅޯ، ބަރަބޯ، ކަރާ، މިރުސް، ބޮޑުކެކުރި (ކިޔުކަންބާ)، ބޮނޑިކޮޕީ އާއި ވިލާތުބަށި (ޓޮމާޓޯ) އެވެ. މަދުމަދުން ކެރެޓްވެސް ހައްދައެވެ. 
ދަނޑުވެރިކަމުގެ އިތުރުން އާމްދަނީ ހޯދުމަށް ކޮށްއުޅޭ މަސައްކަތްތަކަކީ މަސްވެރިކަމާއި، ފަންގިވިނުމާއި، ރޯނުވެށުމާއި، ވަޑާންކުރުމާއި ރޭނުން ފަދަ މަސައްކަތްތަކެވެ. 

ފަޅުގެ ދަތިކަން ބޮޑުކަމުން އޮޑިދޯނިފަހަރު ގެންގުޅޭވޭ ވަރުނުވާތީ، ކުރިން މަސްވެރިކަން އެންމެ އެދެވޭވަރަކަށް ނުކުރެވުނު ނަމަވެސް 2007 ގައި ބަނދަރު ހެދުމާ ގުޅިގެން މަސްވެރިކަމަށް ހެޔޮ ބަދަލެއް އަންނަކަމުގެ ނިޝާންތައް މިހާރުދަނީ ފެންނަމުންނެވެ. ރަށުގައި މަސްވެރިކަމުގެ މަސައްކަތުގައި އެންމެ ދުވަސްވީ ފަރާތުން، 2010 ވަނަ އަހަރު ވަނީ 90 ވަރަކަށް ފޫޓުގެ މަސްދޯންޏެއް ބަނދެ ދުއްވަން ފަށައިފައެވެ.

ރަށުގައި ހުންނަނީ ވިޔަފާރިކުރާ އަމިއްލަ މީހުންގެ 13 ފިހާރައެވެ. ރައްޔިތުންގެ ފިހާރައެއް ނުހުރެއެވެ. ފަހާތަނުގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ޚިދުމަތްދޭ އެއް ތަން އެބަހުއްޓެވެ. ރެސްޓޯރެންޓެއް އަދި ނެތް ކަމުގައިވިޔަސް 2009 ވަނަ އަހަރުގެ ނިޔަލަށް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގެ ގޮތުގައި ތިން ތަނެއްގެ ޚިދުމަތް ލިބެމުން ދެއެވެ.

މިރަށުގެ ގިނަ މީހުންނަކީ އަސާސީ ތައުލީމުގެ ފެންވަރަށް ތަކެތި ދަންނަ ބައެކެވެ. ނަމަވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އިލްމީ މީހުން ވަރަށް މަދެވެ. ރާއްޖޭގެ ރަސްމީ މުގައްރަރަށް ކިޔަވައިދޭން ފެށީ 1989 ގައެވެ. އޭރު ވެސް މިހާރުވެސް ހުރީ އެންމެ ސްކޫލެކެވެ. ކުރިން ކިޔަނީ ނޮޅިވަރަމު މަކްތަބެވެ. މިހާރު ނޮޅިވަރަމު ސްކޫލެވެ. 2006 ވަނަ އަހަރާ ހަމައަށް މިސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު މިސްކޫލަކީ 500 އަށް ވުރެ ގިނަ ކުދިން ކިޔަވާ، ސަރުކާރުން ވަކި ބަޖެޓެއް ދެއްވާފައިވާ ސަރުކާރުގެ ސްކޫލެކެވެ.

މިސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 ހަމައަށެވެ. ސެކަންޑަރީއަށް ކިޔަވައިދޭން ފެށީ 2003 ވަނަ އަހަރުގައެވެ. މިހާރު މިސްކޫލުގައި ދެ ސްޓްރީމް ( ސައިންސް ސްޓްރީމް އާއި ކޮމާސް ސްޓްރީމް) އަށް ކިޔަވައިދެއެވެ. ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށީ 2005 ގައެވެ.
މީގެ އިތުރުން ޕްރީ ސްކޫލް ތައުލީމް ދޭ ރައްޔިތުންގެ ސްކޫލަކާ އަމިއްލަ ދެ ފަރާތަކުން ހިންގާ ދެ ޓިއުޝަން ކްލާސް އެބަހުއްޓެވެ. ޕްރީ ސްކޫލުގައި އެންމެ މައްޗަށް ކިޔަވައިދެނީ ޔޫ.ކޭ.ޖީ އާ ހަމައަށެވެ. ޓިއުޝަން ކްލާސްތަކުގައި ގްރޭޑް 1 އިން 10 އަށް ކިޔަވައިދެއެވެ.

ރަށުގެ ސިއްހީ ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ހިންގަމުންއައި ހެލްތުޕޯސްޓް ސިއްހީ މަރުކަޒަކަށް ބަދަލު ކުރެވުނީ 7 އެޕްރިލް 2003 ގައެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާ އިމާރާތެއް ބިނާކޮށް  ހުޅުވާފައިވަނީ 2005 ވަނައަހަރުގައެވެ. މިހާރު މި މަރުކަޒުގެ ޚިދުމަތް، ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު 7:30 ން ރޭގަނޑު 11:00 ށް މެދުކެނޑުމެއް ނެތި ލިބެން ހުރެއެވެ. 2006 ވަނަ އަހަރުގެ ތެރޭގައި ލެބޯޓަރީ ގާއިމުކޮށް ތެލެސީމިއާ ކުދިންނަށް ލޭ އަޅައި ދިނުމުގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.  

މިތަނުގައި ޚިދުމަތް ދޭން ހުންނަނީ ޑޮކްޓަރަކާއި 5 ނަރުހަކާއި ޖަމާއަތުގެ ސިއްހީ އެހީތެރިޔަކާ އާއިލާގެ ސިއްހީ އެހީތެރިންގެ ދެމީހުންނެވެ. މީގެ އިތުރުން ފޫޅުމައިންގެ ދެ މީހުން ތިބެއެވެ. 

ބޭސް ފިހާރައިގެ ގޮތުގައި ރަޖިސްޓަރީކޮށްގެން އަމިއްލަ މީހަކު ހިންގާ ބޭސްފިހާރައެއް ހުރެއެވެ. 

އާންމުންގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މަދުމަދުން ހިންގައެވެ. ސިއްހީ މަރުކަޒަށް އެންމެ ބާރު ބޮޑުވެގެން ދިޔައީ 2006 ވަނަ އަހަރުގެ މެދަކާ ހިސާބުން ރާއްޖެއަށް ތައާރަފުވީ ޗިކުންގުންޔާގެ ދުވަސްވަރެވެ. މިދުވަސް ވަރު ދުވާލަކު 10 ކާ 20 ދެމެދުގެ އަދަދަކަށް މީހުން އެނދުމަތި ކުރަން ޖެހުނެވެ.

މިރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ރައްޔިތުން ހިންގާ އިންޖީނުގެއިންނެވެ. ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ރަށަށް ކަރަންޓު ދޫކުރަން ފެށުމުގެ ކުރިން ކަރަންޓުގެ ޚިދުމަތްދިނީ އަމިއްލަ ފަރާތްކުންނެވެ. ނަމަވެސް 1990 ގައި ނޮޅިވަރަމު ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ހުޅުވުނު ފަހުން މިއަދާ ހަމައަށް ވެސް ކަރަންޓުގެ ޚިދުމަތް ދެނީ ރައްޔިތުންގެ އިންޖީނުގެއިންނެވެ. ފުރަތަމަ ޚިދުމަތް ދޭން ބޭނުންކުރީ ރައްޔިތުންގެ މަސައްކަތުން ހޯދި 48 ކިލޯވޮޓްގެ ޖަނަރޭޓަރަކެވެ. އޭރު ކަރަންޓްގެ ޚިދުމަތް ދެނީ ހަވީރު 5:00 ން އަނެއް ދުވަހު ހެނދުނު 7:00 ށް، ޖުމުލަ 14 ގަޑިއިރަށެވެ. 2000 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ  68 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހަދިޔާކުރެއްވިއެވެ. މި ޖަނެރޭޓަރުގެ ބޭނުންކުރަން ފެށުމާއެކު 2000 ވަނަ އަހަރުގެ ތެރޭގައި 24 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް ފުޅާ ކުރެވުނެވެ. އޭގެ ފަހުން 82 ކިލޯވޮޓްގެ ޖަނަރޭޓަރެއް 2007 ވަނަ އަހަރުގެ ޖެނުއަރީމަހު ތެރޭގައި ވަނީ ސަރުކާރުން ދެއްވާފައެވެ.

އައް ސުލްޠާން އިބްރާހީމް މުޒްހިރުއްދީނުގެ މައިކަނބަލުން އަތިރީ ކަމަނާ (ޢާއިޝާ)ގެ ބައްޕައަކީ މިރަށު ބޮޑުހަނދޭގިރި ތަކުރުފާނެވެ. މިތަކުރުފާނަކީ ތ. ދިޔަމިގިލި އަލް މުޡައްފަރު މުޙަންމަދު ޢިމާދުއްދީނާ އެއް ކިހުނު (އެއްބަނޑު) ބޭކަލެކެވެ.

ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ހުރީ ހިޖުރައިން 1111 ވަނަ އަހަރު އައްޞުލްޠާން މުޙަންމަދު (ދެއްވަދޫ ރަސްގެފާނު)ގެ ރަސްކަމުގައި މިރަށުގައި ހިރިގަލުން ބިނާކުރެއްވި ހުކުރު މިސްކިތެވެ. މީގެ އިތުރުން ރަށުގެ އުތުރު ފަރާތު ހޭޅީގައި، ކަނޑުން ލެއްގި، ކާކުކަން ނޭނގޭ މީހެއްގެ ޒިޔާރަތެއް ހުރެއެވެ. މިތަނަށް މިރަށު މީހުން ކިޔަނީ އާބޭ ޒިޔާރަތެވެ ރަށުގެ އިރުމަތި ފަރާތު ، މަގާންމަގު އަތިރި ކައިރީގައި، ރަށުގެ މައިމަގު އަމީނީމަގު ކޮޅުގައި  ދުވަސްވީ ކުޑަ އިމާރާތެއް ހުރެއެވެ. މިތަނަށް ކިޔަނީ މަގާންފުޅު އެވެ. ރަށުގެ މައިމަގުގެ ހުޅަނގުކޮޅުގައި މުށިމަސް ޒިޔާރަތޭ ކިޔާ ތަނެއްވެސް ހުރެއެވެ. 

ބޯދާ ގަބޫލުކުރުންތަކުގެ ޒަމާނުގައި މިތަންތަނަކީ ވަރަށް ހުރުމަތްތެރި ތަންތަނެވެ. ރަށު ފަޅުތެރެއަށް މުށިމަސް ވެއްދުމަށްޓަކައި މުށިމަސް ޒިޔާރަތުގައި ވޮށް ދިއްލައި، ހުކުރު ހޯމަ ވިލޭރޭ ޞަލަވާތް ކިޔަވާ އުޅުނެވެ. މަގާންފުޅަކީ ބޮޑެތި ނަދުރުތައް ފުއްދުމަށް ކުދިން ކިރަން ގެންދާ ތަނެކެވެ. 

މިރަށަކީ ޒަމާނުއްސުރެ ތަފާތު ކުޅިވަރުތައް ކުޅޭ ރަށެކެވެ. މީގެ ތެރޭގައި މިހާރު ރާއްޖެއިން އުވެމުންދާ ސަގާފީ ތަފާތު ކުޅިވަރުތައްވެސް ހިމެނެއެވެ.

ރަށުގައި 1990ގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެން ގަވާއިދުން މާލިކުޅުންއޮތެވެ. ނަމަވެސް އޭގެފަހުން މިކުޅިވަރު މެދުކެނޑިފައި އޮތުމަށް ފަހު 2007 ގެ ޑިސެމްބަރު މަހުގެ ތެރޭގައި (ޛުލް ޙިއްޖާ 1428ގައި) ބޮޑުޢީދު ގެ ތެރޭގައި އަލުން މާލިކުޅުން ވަނީ ފަށައިފައެވެ. މިކުޅިވަރު ކުޅޭނީ އަހަރަކު ދެފަހަރު ހަނދުމަހެއްގެ ހަނދުވަރު އެންމެ ރީތިވާ ރޭތަކުގައެވެ. ( މުޙައްރަމު މަހާއި ޙައްޖު މަހުގެ ހަނދުވަރު މޫސުމުގައެވެ.) ބޮޑުމާލި ނެށުން ފަށާނީ ރޭނގަނޑު ޢިޝާ ނަމާދަށް ފަހުގައެވެ. ނިންމާނީ މެންދަމު ބާރަ ޖެހީމައެވެ. ބޮޑުމާލި ނެށުމުގެ ކުރިން އިރުއޮއްސޭ ވަގުތު ފޯމާލި ނެރުން އޮވެއެވެ. މިއީ ތަފާތު ސިފަސިފައިގައި ފަނުން ވިޔެގެން ނެރޭ މާއްޔެވެ. މާލިވިޔުމުގެ މަސައްކަތް އޮންނާނީ ހަވީރު ޢަސުރު ނަމާދަށް ފަހުގައެވެ. މާލި ނެރޭނީ އިރުއޮއްސި އަނދިރި ވުމުންނެވެ. 

މާލިވިޔުމުގައި ދެޖިންސުގެ މީހުން ބައިވެރިވާނެއެވެ. އަންހެނުންގެ މަސައްކަތަކީ ފިރިހެނުންވިޔާ މާލި ޒީނަތްތެރިކުރުމަށް އޭގެ ބޭރުން އޮޅާ ރުކުގެ ބޮންތީގެ ފަންވަތްތަކުން އިލޮށިވަކިކޮށް ފަތްވަތްތައް ކުދިކޮށް ފެޅުމެވެ. މިމަސައްކަތަށް ނުދާ މީހުންނަށް މާލި ނެރެގެން އައިސް އަދަބު ދިނުން އޮވެއެވެ. ކޮންމެ މާއްޔެއްގައި ކުދިލުނބޯ ކަށިގަހެއް އައްސާފައި ހުންނާނެއެވެ. އަދަބު ދެނީ މަގުމަތިން ފެނިއްޖެ ނަމަ އެ ކަށިގަހުން ޖަހައިގެންނެވެ. މިހެންވުމުން މާލިވިޔާތަނަށް ނުދާ މީހަކު ނަމަ ދެނަމާދު ދޭތެރޭ ދަމުގައި ގެއަކުން ނުނިކުންނާނެއެވެ.

މިގޮތަށް ވިޔާ މާލީގެ ތެރޭގައި ތަފާތު ސިފަސިފައިގައި، ތަފާތު ނަންނަމުގައި ވިޔެފައި ހުންނަ މާލި ހުރެއެވެ. އޭގެ ތެރޭގައި ކަދާ މާލި، ހަތްކޮޅު، ކަށިގޮނު، އިލިބޯ، މުޅޯށި، ކަންޒު ކަހަނބު، އައްޑަނަފަތު މާލި، ބޮޑުމަސް ހިމެނެއެވެ. މީގެތެރެއިން ބޮޑުމަސް ބޭނުމާއި އައްޑަނަފަތު މާލީގެ ހިފުން  އޮންނާނީ ބޮޑުމާލިނަށާ ގަޑީގައި ރޭނގަޑުއެވެ. 
އައްޑަނަ ފަތު މާއްޔަކީ ރޯފަނާއި ބޮންތިފަންވަތުން ވިނދެފައި ހުންނަ ފަންގިން ހަށިގަނޑު ނިވާކޮށްގެން، ފިޔަނެއް އައްޑަނައިގެ ގޮތުގައި ގެންގުޅޭ، ރޮށިދަމާ ފޯލި ހިފައިގެން ހަތަރު މީހަކު ކުރާ ހަނގުރާމަ ދައްކުވައިދޭ މާއްޔެކެވެ. މި މާލި ހެދިގެން އަންނާނީ އެންމެ ހަލުވި މީހުންނެވެ. މާލިތައް އަންނަކަން އެންގުމަށް މާދުރުން ފިޔަނުގައި ތަޅަމުން އާދެއެވެ. މާލިތައް މާލި ނަށާ ކޮއްޓަށް ވަންނާނީ ހަތަރު ކަނުންނެވެ. ކުޅިބަލަން އިށީނދެގެން ތިބޭ މީހުންގެ ބޯމަތިން ފުންމާލައިގެންނެވެ.

ސަރުކާރުން ވަޖިދުވުން މަނާކުރައްވަންދެން މިރަށުގައި މިކުޅިވަރު ކުޅެވުނެވެ. މިކަން މަނާކުރެވުނީ މިއީ ގައިގައި ވަޅިއަޅާ ހަށީގަނޑު ޒަޚަމްކުރާ އަނިޔާވެރި ކުޅިވަރަކަށް ވާތީއެވެ.
ވަޖިދުވުމުގެ (ބޮޑުފާތިހާ ވައްޖި) ކުޅިވަރު ފެށޭނީ ހަނދުމަހުގެ ހަނދު އެންމެ ރީތިވާ ރޭގެ ކުރިއަށް އޮންނަ ދުވަހު ހަވީރު ޢަޞްރު ނަމާދުންނެވެ. މިކުޅިވަރުގައި ބައިވެރިވާ ހުރިހާ މީހުން ތިބޭނީ ހުދު މުންޑާއި ހުދު ޓީޝާޓު ލައި ބޮލުގައި ހުދު ފަގުޑި، ފޮށާ ނުވަތަ ހުދު ތާކިހާ އަޅައިގެނެވެ. ޢަޞްރު ނަމާދަށް ފަހު ބައިވެރިން ދާނީ މަގާންފުޅު ދޮށަށެވެ. އެތަނުގައި ތިބެ ސަލަވާތް ފާތިހާ ކިޔެވުމަށްފަހު ތާރަޖަހަމުން ، އެކަމަށް ޚާއްސަ ލަވަތަކެއް ކިޔަމުން މައިމަގުން ލާފައި އަންނާނީ ވައްޖި ހަރުގެ އަށެވެ. މިއަންނަ އިރު ބޮޑު ހުދު ދިދައެއް ހިފައިގެއް އެންމެންގެ އިމާމެއް ހުރެއެވެ. ދިދަ ހިފާ މީހައަށް ކިޔަނީ ޖަޑިބުއެވެ. ހަރުގެއަށް އައުމަށް ފަހު އެ ދިދަ އެތަނުގެ މެދަށް ޖަހައެވެ. އެއަށް ފަހު މިތަނުގައި ލަވަކިޔުމާ ނެށުމުގެ ހަރަކާތްތަކެއް ދައްކާނެއެވެ. އަދި ތާރައިގައި ވާދަ ލަވަ ޖެހުން އޮންނާނެއެވެ. މިއީ ވަރަށް ހިތްގައިމު ވަގުތުކޮޅެކެވެ.

ވަޖިދުވުމުގެ ކަންތައްފެށޭނީ ޢިޝާ ނަމާދަށް ފަހު ހަރުގޭގައި ކޭމެއް ކެއުމަށް ފަހުގައެވެ. މި ކޭމަށް ރަށުގެ ބޮޑެތި މީހުންނަށް ދައުވަތު ދެވޭނެއެވެ. ކޭން ތައްޔާރު ކުރާނީ ކުޅިވަރުގައި ބައިވެރިވާ މީހުންގެ ގޭގެއިންނެވެ. ކޭމަށް ފަހު އޮންނަނީ ވަޖިދުވުމުގެ ކުރިން ކިޔަވަން ޖެހޭ ރާތީބު ނުވަތަ ރަވާތީބު ކިޔެވުމެވެ. މިކިޔެވުމުގައި ވަޖިދުވާން ބޭނުންކުރާ ކޮށާވަޅިއާއި، ލޮންސިއާ އެހެނިހެން ހަތިޔާރު މަތުރާނެއެވެ. އަދި ފެންކުރައެއް ވެސް މަތުރައެވެ. އެއީ ވަޅިހަރާ ޒަޚަމް ކުރަމުންދާއިރު ނުރައްކާ ވާހެން ހީވާނަމަ ލޭމަނާކުރުމަށް ބޭނުންކުރާ އެއްޗެއްކަމަށް ބުނެވެއެވެ. އަދި މި ފެނަކީ ވަޖިދުވެ ނިމުމަށް ފަހު ލޭތައް ސާފުކުރަން ބޭނުންކުރާ ފެނެވެ. ބުނެވޭ ގޮތުގައި މި ފެން އުނގުޅުމުން ވަޖިދުވުމުގައި ވަޅިހެރިތައްތަން މުޅިން ބެދި ފަސޭހަވެއެވެ. ނަމަވެސް މިހާރު މިކުޅިވަރެއް ނުކުޅެއެވެ.

މިކުޅިވަރަކީ ކޮންމެ ޢީދެއްގައި ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު 2001 ގައި ކުޅުނުފަހުން 6 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ކުޅެންފެށި 2007 ގައެވެ. (1428 ވަނަ އަހަރުގެ ޝައްވާލު މަހު ކުޑަ ޢީދު ގައެވެ.) މިކުޅިވަރު، ބޮޑު ޢީދުގައި ފަސްދުވަހު، ކުޑަ ޢީދުގައި ތިންދުވަހު ކުޅެއެވެ.
މިކުޅިވަރަކީ ވެސް އޭގައި މީހުންނަށް އަނިޔާވުން ބޮޑު ގޮތަކަށް ކުޅޭ ކުޅިވަރެކެވެ. ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށް ފަހު ރަށުގެ މީހުން އުޅޭ ސަރަހައްދާ ކުޑަތަންކޮޅެއް ދުރުގައި މަންޑިކުޅޭތަނު ގައި ކުޅޭ ކުޅިވަރެކެވެ. ފުރަތަމަ ދެބައަށް ބަހާލަނީއެވެ. އެއަށް ފަހު ފުރަތަމަ ހޮވަން ދާނެ ބަޔަކު ކަނޑައެޅުމަށްފަހު، މަންޑިދަނޑިގަނޑުން ފޮއިޖެހުން އޮންނާނެއެވެ. މިހެން ޖަހާ ފޮއިތަކުން ފޮއެއް ހިފުމުން ދެން ފެށޭނީ ފޯއްޔާ ހިފުމުގެ ބައެވެ. މިކަން އޮންނަ ގޮތަކީ އަތަށް ހެއުވަރު ވަރަކަށް ހަދާފައި އޮންނަ ދަނޑިކޮޅެއް، ހޮވާޓީމުގެ ކޮންމެވެސް އެކެއްގެ އަތަށް ދޭނީއެވެ. އޭނާގެ މަސައްކަތަކީ އެ ފޯލި ހިފައިގެން ގޮސް ފޮއިޖަހާ ސަރަހައްދު ހުރަސްކުރުމެވެ. އެހެން އަންނަ އައުމުގައި ދެން ތިބޭ އިދިކޮޅު ބައިމީހުން އުޅޭނީ އޭނާ ހިފަހައްޓައި އެފޯލި އަތުވޭތޯއެވެ. ހުރިހާ މީހުން ވަށައިގެން ފޫނިޖެހިގެން މިކަމާ ހިފުމަށް ކިޔަނީ އޮޅުލާ މަންޑިއެވެ. މިފޮއި އިދިކޮޅު ޓީމަށް އަތުލެވިއްޖެއްޔާ އެމީހުން ޖެހޭނީ އަތުވި މީހާ އާ ހޯ ކިޔާ އަތް މައްޗަށް ނަގާށެވެ. އެހިސާބުން ހޮވާ މީހުން ޖެހޭނީ ފޮއިޖަހަން ދާށެވެ. އެއްވެސް ބަޔަކަށް އަތުނުވެ ފޯލި ބިންމައްޗަށް ވެއްޓިއްޖެ ނަމަ ފޯލި ވިހެއީ އެވެ. އެއްވެސް ބަޔަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

ފިރިހެނުން މަންޑިކުޅެމުންދާއިރު އެތަނުގެ އަނެއްކޮޅުގައި އަންހެންވެރިން ފަންކުޅޭނެއެވެ. ފަންކުޅުމަކީ  ދެބައަކަށް ބަހާލުމަށް ފަހު ފަންކުޅޭ ބިމުގެ ދެކޮޅުގައި ޖަހާފައި ހުންނަ ފަން ދަނޑިއެއް ގައި އަތްލުމަށް މަސައްކަތް ކުރުމެވެ. އިދިކޮޅު މީހުންނަށް އަތުނުވެ ދަނޑީގައި އަތްލާފައި ފަނޯ ގޮވާލުމުން އެބަޔަކަށް ޕޮއިންޓް ލިބޭނެއެވެ. އަލުން ކުޅުންފަށާނީ ފަނޯ ގޮވިމީހައިގެ ގައިގައި އަތްލައިގެން ފަން ނަގައިގެން ނެވެ. އަބަދުވެސް އެންމެ ފަހުން ފަން ނެގި މީހާ ގައިގައި އަތްލައިގެން އެހެން މީހަކަށް ފަނަކަށް ވެވިދާނެއެވެ. 

މަންޑި ކުޅުން ހުއްޓާނީ ހަވީރު ފިނިޖެހުމުންނެވެ. ދެން އޮންނާނީ ދަފި ނެގުމާ ވަށްދަނޑިޖަހާފައި ނަށަމުން މަގުތަކުގައި ހިނގުމެވެ. އެއަށް ފަހު އިރުއޮއްސުމުން އަތިރިމަތި ކައިރި އޮންނަ ފަސްމަޑު އޮޅުލާކޮށި އަށް ދާނެއެވެ. މިތަނުގައި އޮންނާނީ ގުޅަމަތި ހިފުމެވެ. މިތަނުން އައިސް، ޢިޝާ ނަމާދަށް ފަހު އަނެއްކާ ވެސް އޮންނާނީ ދަފި ނެގުމުގެ ބުރެކެވެ.

ބޮޑުބެރު ޖެހުމަކީ އޭރުވެސް މިހާރުވެސް އެންމެ ފޯރީގައި ކުޅޭ އެއް ކުޅިވަރެވެ. ބޮޑުބެރު ޖެހުމަށް ޚާއްސަ ގްރޫޕްތައް މިހާރުވެސް ހަރަކާތްތެރިވެއެވެ. ގޭގޭގައި ޚިތާނުކޮށްގެން އުޅޭ އިރު މިހާރުވެސް މިކުޅިވަރު ކުޅެއެވެ. އަދި އަތޮޅުގެ ރަށްރަށަށް ދިއުމުގެ ފުރުސަތުވެސް މިފަދަ ގްރޫޕްތަކަށް ލިބެއެވެ.

ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރުތަކަކީ މިއީއެވެ.

ޒަމާނި ތަފާތު ކުޅިވަރުތައް ކުޅެއުޅެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ 1970 ގެ ފަހުގެ އަހަރުތަކުން ފެށިގެން ކުޅެމުން އަންނަ ތަމްސީލުކުޅުމެވެ. ތަމުސީލުކުޅުމުގައި އޭރަކު ރަށުގައި ހުންނަ އިޖުތިމާއީ ތަފާތު މައްސަލަތަކާ ގުޅޭ ތަމްސީލުތައް ކުޅެއެވެ. ވަރަށް މަޖާ ތަމްސީލުވެސް ކުޅެއެވެ. މިކަން ވެސް އޮންނަނީ ހަނދުވަރު މޫސުމުގައެވެ. އެއީ އޭރު ރަށުގައި ކަރަންޓުގެ ޚިދުމަތް ނުލިބޭތީއެވެ. ނަމަވެސް މިހާރު ތަމުސީލު ކުޅެނީ ޢީދު ފަދަ މުނާސަބާތަކުގައެވެ. އެންމެ ފަހުން ތަމުސީލު ކުޅުނީ (2007 ޑިސެމްބަރު) 1428 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގައެވެ. (ބޮޑު ޢީދުގައެވެ.

ތަމްސީލުގެ އިތުރުން ޒަމާނީ މިޔުޒިކު ކުޅުންވެސް އޮވެއެވެ. މިކަން ފެށުނީ 1990 ގެ އަހަރުތަކުގައެވެ. މިހާރު ރަށުގައި މިޔުޒިކް ހަތަރު ބޭންޑް އޮވެއެވެ. ކޮންމެ ބޮޑު ޢީދެއްގައި އަމިއްލައަށް، ފިލަޔާ ތެޔޮ ހުސްކުރި ތާނގީ ބޭނުންކޮށްގެން ސްޓޭޖް އަޅައިގެން ޝޯކުޅެއެވެ. މިކަން ކުރަނީ ރަށުގެ ދެ ބޭންޑް ކަމަށްވާ ފުރޭފު މިޔުޒިކްގްރޫޕާއި ފްލޭޝް ބޭންޑުންނެވެ. އަދި މިޔުޒިކަށް ޒުވާނުން ވެއްދުމުގެ ގޮތުން ފްލޭޝް ބޭންޑުން ލަވަމުބާރާތްތައް އިންޒާމުކޮށް ހިންގައެވެ. ޢީދުގައި ނޫނަސް ޚިތާނުކުރާ ގޭގޭގައާއި ތަފާތު މުނާސަބާތަކުގައި މިޔުޒިކް ކުޅެއެވެ. އަތޮޅުގެ ރަށްރަށް ގޮސް ޝޯކުޅެއުޅެއެވެ.

ފުޓުބޯޅައާއި ވޮލީބޯޅައަކީ އެންމެ ގިނަ މީހުން ތަރުހީބުދޭ ކުޅިވަރެވެ.

  

ތަމްސީލުގެ އިތުރުން ޒަމާނީ މިޔުޒިކު ކުޅުންވެސް އޮވެއެވެ. މިކަން ފެށުނީ 1990 ގެ އަހަރުތަކުގައެވެ. މިހާރު ރަށުގައި މިޔުޒިކް ހަތަރު ބޭންޑް އޮވެއެވެ. ކޮންމެ ބޮޑު ޢީދެއްގައި އަމިއްލައަށް، ފިލަޔާ ތެޔޮ ހުސްކުރި ތާނގީ ބޭނުންކޮށްގެން ސްޓޭޖް އަޅައިގެން ޝޯކުޅެއެވެ. މިކަން ކުރަނީ ރަށުގެ ދެ ބޭންޑް ކަމަށްވާ ފުރޭފު މިޔުޒިކް ގްރޫޕާ، ރޯޝަންގުރޫޕް ލައިވް މިއުޒިކް ބޭންޑުންނެވެ. ޢީދުގައި ނޫނަސް ޚިތާނުކުރާ ގޭގޭގައާއި ތަފާތު މުނާސަބާތަކުގައި މިޔުޒިކް ކުޅެއެވެ. އަދި  އަތޮޅުގެ ރަށްރަށަށާއި އެހެނިހެން އަތޮޅުތަކުގެ ރަށްރަށަށްވެސް ގޮސް ޝޯކުޅެއުޅެއެވެ.




#Article 93: މަގޭ ރިޕޯޓް 150 (974 words)


ޓީވީ މޯލްޑިވްސް އިން ކޮންމެ ރެޔަކު ފޮނުވާ ރާއްޖެ މިއަދު  ޕްރޮގްރާމްގެ ވަކި ހިސާބަކުން ގެނެސްދޭ މަގޭ ރިޕޯޓް ފެށުމުގެ ކުރިން އެޕްރޮގްރާމްގެ އިޝްތިހާރުގެ ގޮތުގައި އަންނަ ބައިގައި އަންނަނިވި ޢިބާރާތްތައް ކިޔާތީ އަޑުއިވޭ!  ތިމާ ދިރިއުޅޭ ވެއްޓާ މެދު ފުންކޮށް ފިކުރު ކުރައްވާ! މިއަދުގެ މަންޒަރުތައް ހަމަލޮލަށް ފެންނާނެ! ނަމަވެސް މާދަމާގެ މަންޒަރުތަކާ ވާނޭގޮތް ފެންނާނީ ތިމާގެ އަމިއްލަ ސިކުނޑިން ވިސްނާ ފިކުރުކޮށްގެން! ސުވާލަކީ ކޮންމެ ރެޔަކު ގަޔާވެގެން ޓީވީ ދޮށަށް އެއްވެ ތިބެ މި ޕްރޮގްރާމް ބަލާއިރު ގައުމުގެ މުސްތަގުބަލާ މެދު ވިސްނާލީ ތިޔައިގެ ތެރެއިން ކިތައް ފަރާތްބާ؟

ރައްޔިތުންނޭ! ތިޔަ ލޮބުވެތި ރައްޔިތުން ބޭނުންވަނީ އަހަރެމެންގެ ހަންހާރަވެތި މިގައުމު ފަސާދަވެ ނެތިދާންބާ؟ ނުވަތަ  މިފަސްގަނޑު ކުރިން ވެސް އޮތްހެން އަމާންކަންމަތީ އޮތުންބާ؟ އަހަރެމެންގެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ދުވަސްވީ ވަހުދަތު ގެއްލި، ފިތުނައިގެ އަލިފާން ރޯވެ، ހަސަދައިގެ ހުޅުގަނޑު ބޮޑުވެ، މިތުރުން ހަތުރުންނަށްވެ، ރައްޓަހިން ޢަދުއްވުންނަށްވެ، ޢާއިލާގެ މީހުން ގުޅުމެއް ނެތް ބަޔަކަށްވެ، މުޅި މި ލޮބުވެތި ވަތަން ހަލާކުގެ ތެރެއަށް ވެއްޓެއްބާ؟

ތިޔައިގެ ތެރެއިން ތިބާގެ އުފަން ގައުމުގެ މުސްތަގުބަލާއި މެދު ވިސްނަނީ ހަރު ފުރައިގެ ކިތައްމީހުންބާ؟ ޒުވާން ކިތައް އަފުރާދުންބާ؟ ނާޒުކު ކިތައް ޖިންސުން ލަތީފުންބާ؟ މިއީ މިއަދު ގައުމު އޮތް ޙާލަތާއި މެދު ވިސްނާލުމުން ހިތަށް އަރާ ފައިބާ ސުވާލުތައް ދޮގެއްތޯ! ތިޔަބޭފުޅުން މިސުވާލުތަކުގެ ޖަވާބު ކޮންމެ ސިފައެއްގައި ދިނަސް އަހަރެންދޭނެ ހަމައެކަނި ޖަވާބަކީ ރައްޔިތުންގެ ތެރޭގައި މިފަދަ ބީދައިން އިޚްލާޞްތެރިކަމާމެދު ގައުމުގެ މުސްތަގުބަލާއި މެދު ވިސްނައި ފިކުރު ކުރާ ރައްޔިތުން މަދުކަން! ޚާއްޞަކޮށް މާދަމާ ގައުމު ހިންގަން ތިބި ބައެއް ޒުވާނުންގެ ސިކުނޑީގައި މިކަމަށް ސަމާލު ކަމެއް ދީފައި ނުވާކަހަލަ! އެތައް ޒުވާނުންނެއްވަނީ މަސްތުވާ ތަކެތީގެ ޝިކާރައިގެ ޖެހި ހަލާކުވެފާ! 

ތެދެއް ގައުމުގެ ކޮންމެ ދިމާލަކުން ވެސް އިވެނީ ބަދަލު، ބަދަލު ވާންވެއްޖެ، ބަދަލެއް ބޭނުންވޭ މިފަދަ ލަފުޒުތަކާއި ކަލިމަތައް އެހެންނޫންތޯ! ތެދެއްމެ އަހަރެމެންގެ އުފަން ފަސްގަނޑަށް ވެސް ބަދަލުތަކެއް ގެންނަށް ޖެހިފައި އެބަހުރި! އަދި ބަދަލުތަކެއް އަންނަށް ވެސް ޖެހޭނެ! އެކަމަކު ގެނެވޭ ބަދަލު ވާންޖެހޭނީ ވިސްނާފައި ގެންނަށް ޖެހޭ ބަދަލަކަށް. ހިކުމަތްތެރި ބަދަލަކަށް. ހަރުދަނާ ބިނާކުރުވަނިވި ފާޑު ކިޔުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ ބަދަލަކަށް! އަމިއްލަ ފައިދާ އަށްވުރެ ޖަމާޢަތުގެ ފައިދާއަށް އިސްކަންދީފައިވާ ބަދަލަކަށް! ފަހަރެއްގައި ވެސް ދޯހަޅި ކަމާ، ކަންކުތިކަން އޭގައި ޝާމިލްވާ ބަދަލަކަށް ނޫން. 

ބަދަލެއް ގެންނަށް ޖެހޭއިރު ވިސްނާލަން ޖެހޭ ނުކުތާއަކީ ކޮބައިބާ؟ މިއީވެސް އުފެދޭ ސުވާލެއް ދޮގެއްތޯ؟ ޝައްކެއްނެތް. އެއީ މިހާރު އޮތް ޙާލަތާއި ބަދަލު އައުމުން ދެން ވެދާނެގޮތް ފުންކޮށް ވިސްނައި ލަފާކޮށް އަންދާޒާކުރުން. ބަދަލު އައުމުން ކުރިމަތިވެދާނެ ހުރިހާ ކަމެއްގެ ޙައްލާއި، ވާނޭ މަންފާ، ގެއްލުންތައް ތިލަފަތުގެ ދެކޮޅުގައި ބަހައްޓައިގެން ކިރާލަމާ ހިނގާ! ބަދަލުގެ ސަބަބުން ތިލަފަތުގެ ފައިދާގެ ކޮޅު ބަރުވިނަމަ އެބަދަލެއް ގެންނަށްވީ. އެހެންނޫނީ ގެނެވޭ ބަދަލުން ފަހަރުގައި އުއްމީދު ނުކުރާ ކަންތައްތަކެއް ފެންމަތިވެގެން އައުމަކީ ކައިރި ކަމެއް! އަމިއްލައަށް ރައްޔިތުން ވިސްނާނުލައި ގެންނަ ބަދަލުގެ ސަބަބުން އަމިއްލަ އަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ވަނުން ފަދަ މިސާލުން ކަންތައްތައް ދިއުމަކީ ދުރުގައި އޮތްކަމެއް ނޫން. 

ވިސްނަންވީ ޕާޓީގެ ނިޒާމަކަށް ނޫން. އަދި ޕާޓީތަކުގެ މަޞްލަހަތަކަށް ވެސް ނޫން. ވިސްނަންވީ އަމިއްލަ ގައުމާ މެދުގައި، އަމިއްލަ ބިމާއި ގޯތި ގެދޮރުހުރި، ކާބަފައިން އުޅެބޮޑުވި، އަނބިންނާއި ދަރިން އުޅެމުންދާ އަދި މާދަމާގެ ޅަދަރިން އުޅެން އޮތް މާހައުލާ މެދުގާ! އަމިއްލަ ފަސްގަނޑު ކުރިއަރާނީ އެންމެން އެކުގައި ތަރައްގީއަށްޓަކައި އަތްތައް ލާމަހައި ގުޅުވާލައިގެން. އެންމެން އެއް ޞަފެއްގައި ތިބެ، އެކައްޗެކޭ ކިޔައިގެން! ފަހަރުގައި ވެސް ފޮރުވިގެން ތިބެ، ނުވަތަ ހާމަކޮށް ބޮޑު ގޮތެއްގައި ވެރިކަމުގައި ތިބި މީހުންނަށް ހަޖޫޖަހައި ޖޯކް ކިއުމަކީ ބުއްދިވެރިންގެ ސިފައެއް ނޫން. އެއީ މުފައްކިރުންނާއި ޢާލިމުން ކަންތައް ކުރިގޮތެއް ނޫން. އެކަމަކު އެއީ ފިނޑިންނާއި، ކަންކަމުގައި ފަސްޖެހޭ މީހުން ކަންކޮށް އުޅުނުގޮތް. ތަންދޮރުން ވަކިނުވާ ނާތަހުޒީބީ މީހުން ޢަމަލު ކުރާގޮތް. 

ތެދުތެދަށް ބުނާނަމަ ހަގީގީ ބަދަލު ގެންނަށް ބޭނުންވާ މީހުން ކިޔާނީ ހަރުދަނާ ފާޑުތައް! ހުށަހަޅާނީ  ބޭނުންތެރި ޚިޔާލުތައް.ކަންކަން އިޞްލާޙު ކުރަން މަސައްކަތް ކުރާނީ ގާނޫނީ އޮނިގަނޑުން ބޭރުނުވެ، ދީނީ، ޝަރުޢީ، ތަރަޙައިގެ ތެރޭގައި ތިބެގެން!އަދަބުވެރިކަމާއި، އިޙްތިރާމާއި، ރީތި މުޢާމަލާތްތަކުން ޒީނަތްތެރިވެ، ތިބެ، އަޑު އަހާލަން ފަސޭހަ ބަސްމަގެއް ބޭނުންކޮށްގެން! އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ޖައްވެއްގެ ތެރޭގައި ތިބެގެން!އެއީ އިސްލާމްދީން އަހަރެމެންނަށް އެންމެ ކުރިއްސުރެ މަޝްވަރާގެ ރީތި އުސޫލު ދަސްކޮށް އަންގައިދީފައިވާތީ!

ގަދަ ބާރުން ކަންކަމާއި، މައްސަލަތަކަށް ޙައްލު ހޯދޭނޭ ކަމަށް ހީކޮށް، ރުޅި އައިސް ވެރިންނަށް ތިބޭ މީހުންނާއި، ދެކޮޅުވެރިވެ، ޒުވާބުކޮށް، މަގުމައްޗަށް ނިކުމެ، މަގުމަތީގެ އަމާންކަން ނަގާލުމަކީ ޙައްލެއް ނޫން. ފަހަރުގައި ވެސް ހިތުގައި އޮންނަ ޒާތީ ހަސަދައިގެ އޮއިވަރު ފިލުވުމަށް އަނެކާގެ އިއްޒަތުން ނަފުސަށް އަރައި، އަބުރު ހިރަފުހާ ވެލީގެ ތެރޭގައި މޮޑެލުން އެއީ ތިބާއަށް ލިބިފައިވާ ޙައްގެއް ނޫން. އަދި އެއީ މާތް ވެގެންވާ އިސްލާމްދީން އަހަރެމެންނަށް ގެނެސްދިން ކަމެއް ވެސް ނޫން. އަދި އެއީ އަހަރެމެން ފުރިހަމަ މުސްލިމުން ކަމަށް ވީހިނދު ކަންތައް ކޮށްގެންވާނޭ ގޮތެއް ވެސް ނޫން!

އަދި ވެސް ވިސްނަވާ! އެކުވެރިވެ، އެއްބާރުލާންވީ ވަގުތު މިއޮތީ އައިސްޖެހިފާ! ތަރައްޤީގެ ދުވެލީގައި ގައުމުގެ ނާ އާ މިސްރާބަކަށް ދަތުރުކުރަމުންދާ ދުވަސް ވަރެއްގައި ގައުމު މިދަނީ ތަރައްގީގެ އާ ހަރުފަތްތަކެއް ގިރާކުރަން ތައްޔާރު ވަމުން! އާރިސޯޓްތައް ހުޅުވި، ސިޓީ ހޮޓަލާއި، ޔޮޓު މެރީނާގެ ސިފައިގައި ފަތުރުވެރިކަން ފުޅާވެ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވޭ ޔުނިވަސިޓީ އިފްތިތާހު ކުރުމުގެ ވަގުތު މިވަނީ ކުޑަތަންވެފައި! އަމިއްލަ ރަށުގައި ތިބެ ރާއްޖޭގެ ދަރިންނަށް މަތީ ތަޢުލީމުގެ ތަޢުލީމު އުގެނުމުގެ މަގު މިދަނީ ފަހިވަމުން! އަންނަ އަހަރު ޔުނިވަސިޓީ ހުޅުވި އޭގެ ދެތިން އަހަރު ފަހުން މެޑިކަލް ކޮލެޖެއް ގާއިމް ކުރެވި، އަމިއްލަ ބިމުގައި ތިބެ، މާސްޓާރޒް، ޕީއެޗްޑީ ފަދަ ފާސްތައް ހޯދޭނެ މަގު ފަހިވެގެން ދިއުމަކީ ވެސް ކުރެވޭ އުއްމީދެއް! މިއަދު ކުރެވޭ އުއްމީދުތަކާއި، ކުލަ ނުޖެހޭނެ ކަމަށް ހީކުރެވޭ ހުވަފެންތައް މާދަމާ ކުލަޖެހި ފުރިހަމަ ވުމުން އުފާނުވާނީ ތިޔައިގެ ތެރެއިން ކާކުބާ؟ ޝައްކެތް ނެތް. އެދުވަސް އައުމުން ހިތާމައިގެ ބަދަލުގައި ލޯތައް ތެތްމާލާނީ އުފަލުގެ ކަރުނައިންކަން ޔަގީން! އެއީ ތިބާގެ އުފަން ދަރި ތިބާ ލޮލުގެ ކުރިމަތީގައި ބަލަބަލައި ހުއްޓައި މޮޅުވެ، ޢިލްމީ މީހަކަށްވެ، ޕީއެޗްޑީ ހާޞިލްކޮށް ނަމުގެ ކުރިއަށް ޑރ.ގެ ލަގަބު ގެނައީތީ! އެފަދަ ދުވަހެއް އައުމުން ތިބާއަށް އިހްސާސް ކުރެވޭނީ ތިބާ ހައްދައި ބޮޑު ކުރި ގަހަކުން މޭވާ އެޅުމުން ކުރެވޭ ފަދަ އިހްސާސެއް ކަން ޔަގީން. 

އަދިވެސް ބުނަން. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެކަކު އަނެކަކުގެ އަޚުން، އުޚުތުން. އާއިލާގެ މެންބަރެއް ނުވަތަ ތިމާގެ މީހެއް. އެހެންނޫނީ ދުރުތާ ތިމާގެ މީހެއް. ގިނަ މީހުން ތިބޭނީ ދުރު ހިސާބަކުން ނަމަވެސް ލޭގެ ގުޅުމުން ގުޅިފާ. ވީއިރު އަހަރެމެންގެ ތެރެއިން މީހަކު ވަކި ޕާޓީއަކަށް ނިސްބަތްވުމުން އެކަކު އަނެކަކާ ފުސްމޫނު ހަދައި، ފަސްދީ ދާއިރު އަގަަައިން ނުބުނެ ތިބުމުގެ ބޭނުމަކީ ކޮބައިބާ؟ ގޮތް ދޫނުކުރުމަކީ މާތް ސިފައެއް ކަމުގައި ދެކިގެން ތިބާ އެގޮތަށް ޢަމަލު ކުރާނަމަ ތި ހިގަނީ އަދި އިންޞާފުގެ މަގަކުން ނޫން. އެއީ ގޮތްދޫ ނުކުރުމަކީ ފުރިހަމަ މުއުމިނުންގެ ސިފައަކަށް ނުވާތީ. އެހެންވީމާ ތިހިގާ މަގުގެ މިސްރާބު ބަދަލުކޮށް ހެޔޮކަމުގެ ބަނދަރަށް ތިބާ ހަޔާތު ނަވާއިގެން ދަތުރު ފައްޓަވާ! އެބަނދަރުގެ ނެރު ތިބާއަށް އަދިވެސް އޮތީ ހުޅުވިފައި. އަދި އޮންނާނީ ވެސް ހުޅުވިފައިކަން ޔަގީން. 

މިއަދު ގައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ތެރެއިން ކޮންމެ މީހެއްގެ ޙިއްޞާ އޮންނާނެކަން ހަދާން ބަހައްޓަވާ! މަށަށް ކީއްހޭ ބުނެ، ތަރައްގީއަށްޓަކައި ރައްޔިތުން ކުރާ މަސައްކަތަށް ފުރަގަސްދީ، ބީރު ކަންފަތެއް ދިނުމަކީ އަހަރެެމެންނާއި ޙަވާލުވެފައިވާ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރެވޭ ބޭއިންސާފެއް ކަން ހަނދުމަ ކުރައްވާ! އަދި އެއީ އަހަރެމެންގެ އަންނަށް އޮތް ޖީލްތަކަށް ވެވޭ ޚިޔާނާތެއްކަން ވިސްނަވާ! ވެރިކަމުގައި ވަކި ބަޔަކު ތިބީތީ އެބަޔަކަށް ތިބާގެ ހިތުގަައި ހަސަދަ އޮތްނަމަ އެހަސަދަ ހިތުން ފުހެލައްވާ! ސާފު ހިތަކާއިގެން، އެމީހުންނާއި ކުރިމަތިލައި، ރުހުމުގެ ލޮލަކުން ބަލައި، ރީތި ބަސް މަގުން މުޚާތަބު ކުރައްވާ! އޭރުން ތިބާއަށް ވެސް އެމީހުން ފެންނާނީ އެކުވެރިންގެ ގޮތުގައި! ރައްޓަހިންގެ ގޮތުގައި! ހެޔޮ މަދަދުވެރި، ހަރުދަނާ ހިންގުންތެރިންގެ ގޮތުގައި! އެކަމަކު މިތަދުބީރުން އެއްކިބާވެ، ނުރަގަޅު ލޮލުން ބަލަން ބޭނުންވާ މީހަކަށް ކިތައްމެ ސާފު މަންޒަރެއް ވެސް ފެންނާނީ ކަޅު އަދިރި ގަނޑެއްގެ ސިފައިގައި ކަން ޔަގީން. މިއީ ދެބަސްވުމެއްނެތި ގަބޫލު ކުރަންޖެހޭ ޙަގީގަތެއް އެހެން ނޫންތޯ. 

ނިންމާލުމުގެ ކުރިން ބުނެލަމެވެ. އޭ އަހަރެންގެ މަންމަ ފަދައިން އަހަރެން ލޯބިވާ ގައުމާއެވެ. އަހަރެން މިތުރާއާއި ދުރު ކޮންމެތާކު ހުއްޓަސް މިތުރާގެ މަތިން ހަދާން ކުރަން! އެއީ އަހަރެންގެ ހަށިގަނޑުން ވަކިކުރެވުނު ފޫޅު ދަނޑިއާއި، މަސް، ތިޔަ ބިމުގައި ވަޅުލެވިފައި ވާތީ! އެއީ އަހަރެންގެ ޅަފަތުގެ ދައުރު ހެޔޮގޮތުގައި އަހަރެންގެ މައިންބަފައިން ތިޔަ ފަސްގަނޑުގައި ތަރުބިއްޔަތު ކުރީތީ! އެއީ އަހަރެންގެ ދުވަސްވީ ރަހުމަތްތެރިން ތިޔަ ބިމުން ހިޔާވަހިކަން ހޯދާފައި ވާތީ! އެއީ އަހަރެންގެ ހަށިގަނޑުތެރޭގައި ތިޔަ ބިމުގެ ލޭ ދައުރުވެ ދައުރުވެ ހުރީތީ! މިތުރާ ހޯދާ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއް އަހަރެން ދެކެނީ އެއީ އަހަރެންނަށް ވެސް ލިބޭ ކުރިއެރުމަކާއި، ކާމިޔާބަކަށް! މިތުރާއެވެ. އަހަރެންނަށް އިންތިޒާރު ކުރޭ! އަހަރެން ވެސް އަދި ކޮންމެ ވެސް ދުވަހަކުން މިތުރާގެ ޚިދުމަތުގައި ހުންނާނަން! އެއީ އަހަރެންނަށް ކާންދިން އަތުގައި ދަތްއެޅި މީހަކަށްވުމަށް ބޭނުން ނުވާތީ! އަހަރެންގެ ދުޢާއަކީ މާތްﷲ ތިޔަ ފަސްގަނޑުގެ އަހުލުވެރިން އަބާއްޖަ ވެރިކަމުން ދުރުކުރައްވައި، ބާއްޖަވެރި، އުފާވެރި މުސްތަގުބަލެއް ދެއްވުން! އާމީން. 




#Article 94: ފ.ނިލަންދޫ އާސާރީ ސަރަހައްދު (110 words)


 ދދދދދދދދދދދ | ފ.ނިލަންދޫ އާސާރީ މިސްކިތް
ނިލަންދެ ދދދދދދދދދނަންދެވިފައިވަނީ އެއަތޮޅުގައިވާ ނިލަންދޫ ނަމަކަށް ކިޔާ މިރަށުގެ ނަމުންނެވެ. މިއިން އަޅުގަނޑުމެންނަށް އެގެނީ ދިވެހި ރާއްޖޭގައި އެވޭލާ ޒަވސސދވދދދދދދދދދސދސދވމާސނުގައި ންވމންތާގައި ހުރި އާޘާރީ ބިނާމނހގޖކޖކހޘާރީ ތަކެތި ވެސް ރައްކާތެރި ކޮށްގެންނެވެ. 
ސދވސސދވވސދވށް ގިނ ފަތްފުށްތަކެއް މިހާރު ވަނީ މަޢުލޫމާތު ބޭނުން މީހުންނަށްޖފހޖހ ކިޔައިލެވޭގޮތް ހަމަޖެހިފައެވެ. އެތާރީޚް ދަސްކުރެވޭނޭ މަގުފަހި ވެފައެވެ. މސދވ

ނިލަންދޫގައި މިދދދދދދދދދދދދދދދދދދދދދދދދއޮތް އާޘާރީ ސަރަހައްދަކީ ޝައްކެއް ނެތް ގޮތުގައި މިރަށުގެ އަދި ދިވެހި ރާއްޖޭގެ ވެސް އަގުހުރި ތަރިކަ އެކެވެ. ފައިދދދދދދދދދދދދދސާއިން އަގުނުކުރެވޭ ފަދަ އަގުހުރި ދވދތަނެދކެވެ. ވީމާވދހައްދުގައިދދދހުންނަ އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީކްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭގޮތުގައި މިިމިސްކިތަކީ ދިވެހި ރާއްޖެ އިސްލާދވ ކުރެދވއްވި އިބފޗވވވވވވވވވވވވ

ނިލަންދޫ އާސާރީ މިސްކިތުގެ ގޯތީގެ ތެރޭގަވވވވވވވވވވވއި ހުންނަ ބޮޑު ފެންވަޅަކީ ނިލަންދޫ ރައްޔިތުން މިހާރު ވެސް ބުއިމަށް ބޭނުންކުރާ ފެން ގެންދާ ވަޅެކެވެ. އެންމެ ކުރީ ޒަމާނުދގައި ރައްޔިތުންވ މުޅިންވެސް ބޭނުންކުރަނީ މިވަޅު ކަމަށް ވެއެވެ.

ނިލަންދޫ އާސާރީ ސަރަހައްދުގައިވާ އާވ




#Article 95: ޢަލީ ޝަމީމް އިބްރާހީމް (569 words)


އޭނާއަކީ މަޑު މައިތިރިކަމާއި، ކެތްތެރިކަމާއި، ޚުލްޤު ހެޔޮ ކަމުގެ މިސާލެކެވެ. އެއީ ދަރިން ދެކެ ލޯބިވި ބައްޕައެކެވެ. ތިމާގެ މީހުންގެ މުރުޝިދެކެވެ. އެކުވެރިންގެ އެހީތެރި އެކެވެ. ހުރިހާ ޢުމުރެއްގެ މީހުންނާއި ގުޅޭ މަދަދު ވެރިއެކެވެ. ކުޑަކުދިންނާއި ޒުވާނުން އޭނާ ގެންގުޅުއްވި އުޞޫލްތަކުން ޢިބްރަތް ލިބިގަންނަށް ރަގަޅު ފަރާތެއް ވެސް މެއެވެ. ނިލަންދޫގެ ގިނަބަޔެއްގެ އެދުރުބެ އެކެވެ.  

މިފަހަރުގެ ޚިދުމަތްތެރިޔާ ރަގަޅަށް ދަންނަ މީހުން ބުނާގޮތުންނަމަ އޭނާއަކީ ނިލަންދޫ މިއަދު މިދެކޭ ތަޢުލީމުގެ ބާނީ އެވެ. ނުވަތަ ތަޢުލީމުގެ ބައްޕަ އެވެ. އަޅުގަނޑު އިޝާރާތް ކުރަން މިއުޅެނީ ކޮން ބޭފުޅެއްގެ ވާހަކަކަން ފަހަރުގައި މިޖީލްގެ ޒުވާނުންނަށް ނޭގުނަސް ރަށުގެ ހަރުފުރައިގެ މީހުންނަށް މިހާރު އެގޭނޭކަން ޔަގީނެވެ. އާދެ! ނިލަންދޫ ފުލޫނިޔާގޭ އަލްމަރުޙޫމް ޢަލީ ޝަމީމް އެވެ. ނިލަންދޫ ރައްޔިތު އެންމެންގެ ޝަމީމް ދޮންބެ އެވެ. 

 
ފަހަރެއްގައި ވެސް ޝަމީމް ދޮންބެ އަކީ ރަށުގެ ވެރިކަން ކުރެއްވި ފަރާތެއް ނޫނެވެ. ޝަމީމް ދޮންބެގެ ޙަޔާތުގައި އަބަދު ވެސް އަމިއްލަ މަޞްލަޙަތަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތާއި ފައިދާއަށް އިސްކަން ދެއްވި އެވެ. ޝަމީމް ދޮންބެ ފާހަގަ ކުރެއްވެނީ ނިލަންދޫގެ ދަރިންނަށް ތަޢުލީމު އުގަންނައި ދިނުމަށް މަސައްކަތް ކުރެއްވި އެދުރެއްގެ ގޮތުންނެވެ. ނިލަންދޫގައި ރަސްމީ ސިފައެއްގައި މަދަރުސާއެއް މަކްތަބާއެއް ނެތް އިރު އަމިއްލަ ގޭގައި އެކަމަށް ބޭނުންވާ ފަރާތްތަކަށް އުގެނުމުގެ ފުރުޞަތު ހުޅުވާލެއްވި އެވެ. އަދި ޝަމީމް ދޮންބެ އަށް އެގިހުރި މިންވަރަކުން އެކިއެކި ދާއިރާއިން އަގުހުރި ދަރުސްތައް ދެއްވި އެވެ. 

ޝަމީމް ދޮންބެ ގެ އަމިއްލަ ގޭގައި ކިޔަވައި ދެއްވި ދުވަސްވަރު ދޮންބެގެ ކައިރިން ތަޢުލީމް އުގެނުނު އެތައް ދަރިންނެއް ނިލަންދޫ ފަސްގަނޑުގައި އެބަތިއްބެވެ. ގޭގައި ކިޔަވާ ދިނުމުގެ އިތުރުން ނިލަންދޫ ސްކޫލުގައި ދިގު މުއްދަތަކަށް ޚިދުމަތް ކޮށް ދެއްވާފައި ވެއެވެ. ޝަމީމް ދޮންބެ އަކީ ހަމައެކަނި މުދައްރިސެއް ނޫނެވެ. އަދި ކިއެއްތަ ކުދިންނަށް ޤުރުއާން ކިޔަވަން އުގަންނައި ދެއްވި އެދުރުބެ އެއް ވެސް މެއެވެ. ޝަމީމް ދޮންބެގެ ކައިރިން ކީރިތި ޤުރުއާން ކިޔަވަން ދަސްކުރި ކުދިންގެ އަދަދު ވެސް މަދުވާނެ ހެނެއް ހިއެއް ނުވެއެވެ. 

ޝަމީމް ދޮންބެ ދަންނަ މީހުން ބުނާގޮތުގައި އެއީ ނިލަންދޫގެ ރައްޔިތުން ނަމޫނާއެއް ކަމަށް ބަލަން ނުވަތަ ދެކެން އެންމެ އައުލާކަން ބޮޑު އެއް ފަރާތެވެ. ޝަމީމް ދޮންބެގެ އަގުހުރި ނަޞޭހަތްތަކާއި، ދަރުސްތަކުގެ ސަބަބުން ނިލަންދޫގެ ހުރިހާ ޢުމުރު ފުރައެއްގެ މީހުން ޝަމީމް ދޮންބެ އަށް އިޙްތިރާމާއި ޤަދަރު ކޮށްފައި ވެއެވެ. ތިމާގެ އެކިއެކި މީހުންނަށް ވެދެއްވި އެހީތެރިކަމުގެ ސަބަބުން ޚުދު އެފަރާތްތަކުގެ ހިތްތަކުގައި ވެސް ޝަމީމް ދޮންބެ އަށްވަނީ ބައްޕައެއްގެ ލޯތްބާއި ޝަރަފެވެ. 

 
ޝަމީމް ދޮންބެގެ ދަރިންގެ ތެރެއިން އިބްރާހީމް ޚަލީލު ވަނީ ބައްޕަ ފަދައިން ރަށާއި، އަތޮޅަށް އަދި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ދީފައެވެ. އިބްރާހީމް ޚަލީލު އަދާކޮށްފައިވާ ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރުކަން، ފ.އަތޮޅު މަދަރުސާގެ ޓީޗަރުކަން، މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަން، އަދި ފ.ނިލަންދޫ ކުޑަ ކަތީބުކަން ހިމެނެއެވެ.  މިހާރު ވެސް އިބްރާހީމް ޚަލީލު ހުންނެވީ ޚިދުމަތު ގައެވެ. 

ސަރުކާރުގައި އިބްރާހީމް ޚަލީލް އަދާކުރެއްވި ވަޒީފާ ތަކުގެ ވާހަކަ އެކަނި ބަޔާންކޮށްފައި ނިންމާލުމަކީ އިންސާފެއް ނޫނެވެ. އިބްރާހީމް ޚަލީލް އަކީ ނިލަންދޫ އަށް އެތައް ގޮތަކުން ޚިދުމަތްކޮށްދީފައިވާ ފަރާތެކެވެ. ކުރިން ނިލަންދޫގައި އޮތް ޖަމްޢިއްޔާއެއް ކަމުގައިވާ ނިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އިސްވެ ހުންނަވައިގެން ހިންގުމުގެ ބުރަ ޒިންމާ އުފުލާފައިވަނީ ވެސް އިބްރާހީމް ޚަލީލް އެވެ. އެޖަމްޢިއްޔާ އޭގެ އާރޯކަމާއި، ތާޒާކަންމަތީ ދެމިއޮތް ދުވަސްވަރު ނިލަންދޫގެ ތަރައްޤީ އަށްޓަކައި ހިންގިފައިވާ ތަފާތު ޙަރަކާތްތަކުގައި ޢަމަލީގެ ގޮތުން ބައިވެރި ވެފައި ވެއެވެ. ޖައްޢިއްޔާ އުފެދިގެން ގޮސް އުވި ދިއުމާއި ހަމައަށް ވެސް އެޖަމްޢިއްޔާ ހިންގުމުގައި އާރްކާޓީއެއްގެ ދައުރު އަދާކޮށްފައިވަނީ ހަމަ އިބްރާހީމް ޚަލީލު އޭ ބުނުމަކީ އެހެން ފަރާތްތަކަށް ކުރެވޭ ބޭއިންސާފެއް ނޫންކަން ޔަގީނެވެ. 

ދެން އިބްރާހީމް ޚަލީލު ގެ ފާހަގަ ވަނީ މުދައްރިސެއްގެ ގޮތުން ނުވަތަ ޓީޗަރެއްގެ ގޮތުން ދެއްވި ޚިދުމަތުގެ ސަބަބުންނެވެ. އަޅުގަނޑަކީ ވެސް ޚުދު އިބްރާހީމް ޚަލީލުގެ ދަރިވަރަކަށް އެއް ދުވަސްވަރެއްގައި އުޅުނު މީހަކަށް ވުމުން އޭނާގެ ކިޔަވައި ދިނުމުގެ ހުނަރާއި މެދު އެއްޗެކޭ ބުނެލާނަމެވެ. ކްލާހުގައި ބޭކާރު ގޮތުގައި ވަގުތު ދުއްވުމަކީ ކިޔަވައި ދެއްވާއިރު ކުރާކަމެއް ނޫނެވެ. އަދި ކިޔަވައި ދިނުމުގައި ހަމައެކަނި ފޮތަށް ދުވަހަކު ވެސް ބަރޯސާވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކިޔަވާކުދިން ލިބިގަންނަށްޖެހޭ، އަދި އެކުދިންނަށް ލިބެންޖެހޭ ހުނަރުތައް އެކި ސިފަސިފައިގައި އުގަންނައި ދެއްވި އެވެ. ޓީޗަރެއްގެ ގޮތުން ހޭދަކުރެއްވި ދިގު މުއްދަތުގައި ދުވަހަކު ވެސް ރުޅި މޫނާއިގެން ދަރިވަރުންނާއި ކުރިމަތި ލާފައެއް ނުވެއެވެ. 

ޝަމީމް ދޮންބެގެ ދަރިންގެ ތެރެއިން އަހުމަދު ޚަލީލް އަކީ މިހާރު ނިލަންދޫ ޒުވާނުންގެ ތެރޭގައި ފާހަގަ ކޮށްލެވޭނެ ފަރާތެކެވެ. އަމިއްލަ އަށް އިސްނަންގަވައިގެން މިހާރު ވެސް ރަހުމަތްތެރި ބައެއް ކުދިންނާއި ގުޅިގެން ޢީދު ޗުއްޓީ، ބޮޑު ޗުއްޓީ ފަދަ ދުވަސްވަރުގައި ފުޓްބޯޅަ، ވޮލީ ފަދަ މުބާރާތްތައް އިންތިޒާމްކޮށް ހިންގައެވެ.

ކޮންމެ އަކަސް ޝަމީމް ދޮންބެ ފަދަ ޝަޚްޞިއްޔަތެއް ގެއްލިގެން ދިއުން ވެގެން ދިޔައީ މުޅި ނިލަންދޫގެ ރައްޔިތުންނަށް ލިބުނު ފުން ހިތާމަ އަކަށެވެ. ފޫބައްދަން ދުވަސްތަކެއް ނެގި ގެއްލުމަކަށެވެ. އެފަދަ އެދުރުން ނިލަންދޫގެ ފަސްގަނޑުން އުފަންވެގެން އައުމަކީ އަޅުގަނޑުމެންގެ އަބަދުވެސް އުއްމީދެވެ. އަދި ދުޢާއެވެ. ދިރި ދުނިޔޭގައި ޝަމީމް ދޮންބެ ނެތަސް އަހަރެމެން އެޚިދުމަތުގެ މަތިން ހަދާން ބަހައްޓާނަމު އެވެ. އިޙްތިރާމާއި، ޤަދަރާއި، ޝަރަފާއި، ޢިއްޒަތް، އެފަދަ ހަރުދަނާ ކޮންމެ ފަރުދަކަށް އަހަރެމެން ނިލަންދޫގެ ރައްޔިތުން ދޭނަމެވެ. އެފަދަ ޚިދުމަތްތަކަށް ޙައްޤު ތަޢުރީފާއި،ޘަނާ އަބަދުވެސް ދޭނަމެވެ. މާތްﷲ ޝަމީމް ދޮންބެގެ ފުރާނައަށް ބަރަކާތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި އެވެ. އާމީން.




#Article 96: ޙަސަން ޙަމީދު އަޙުމަދު (1175 words)


ޙަސަން ހަމީދު އަޙުމަދު އަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވައި. ދެޕެންޝަން ޙާޞިލް ކުރައްވާފައިވާ ފަރާތެކެވެ. ޙަސަން ހަމީދު 40 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ސަރުކާރަށް ޚިދުމަތް ކުރެއްވި އިރު އޭނާގެ ޚިދުމަތް މުޅިންވެސް ލިބިފައިވާ އޭނާ އުފަން ފ. އަތޮޅު އަދި ފ.ނިލަންދޫ އަށެވެ. އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން ރާއްޖެ ތެރޭގެ  އަތޮޅެއްގައި ސަރުކާރުގައި މީހަކަށް އަދާކުރެވޭނެ އެންމެ މަތީ ވަޒީފާތައް ވެސް އޭނާވަނީ އަދާކޮށްފައެވެ.

ޙަސަން ޙަމީދު އަޙުމަދު އަކީ ހުރިހާ އެންމެންގެ ރަހުމަތް ތެރިއެކެވެ. ހުރިހާ ޢުމުރު ފުރައެއްގެ މީހުންނާއި ގުޅޭ އެކުވެރި އެކެވެ. ފ.އަތޮޅުގެ ކޮންމެ ރަށެއްގެ މީހެއްގެ ކައިރީގައި އޭނާގެ ނަން ބުންޏަސް އެމީހަކަށް އެއީ ކާކުކަން އެގޭނެ އެވެ. އަދި އެހެން ވާހަކަ އެކެވެ. އޭނާ އަކީ ރަހުމަތްތެރިންނާއި ރައްޓަހިން ގިނަ ފަރާތެކެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އޭނާގެ ރައްޓަހިން ތިބޭނެ ކަމުގައި އޭނާ ރަގަޅަށް ދަންނަ ފަރާތްތަކުން ބުނެއެވެ. ޙަސަން ޙަމީދު އަހުމަދު އަކީ ފ.ނިލަންދޫ ރައްޔިތުންގެ ބަހުންނަމަ ހަމީދޮންބެ އެވެ. ބޭރު ރަށްރަށުންގެ ރަހުމަތްތެރިންގެ ބަހުންނަމަ ހަމީދުބެ އެވެ.

 
މިހާރު ޢުމުރުން 70ގެ އަހަރުތައް ގުނަމުންދާ ޙަސަން ޙަމީދު ގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ ވަރަށް ކުރިންނެވެ. އޭގެ ހެއްކަކީ ސަރުކާރުގައި މެދު ނުކެނޑި 30 އަށްވުރެ ގިނަ އަހަރު ވަންދެން ޚިދުމަތް ކުރައްވާފައި ވާކަމެކެވެ. ދެވަނަ ޕެންޝަން ލިބިލެއްވުމަށް ކައިރިވެފައި ވަނިކޮށް އައި މެދުކެނޑުމަކަށް ފަހު  ވެސް ޙަސަން ޙަމީދު ވަނީ ސަރުކާރުގެ ޚިދުމަތު ގައި ދެމިހުރެފައެވެ. އެންމެ ފަހުން އަދާކުރި ވަޒީފާއަކީ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމެވެ. ޖުމްލަ އެއްކޮށް ގާތްގަނޑަކަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރުގައި ޙަސަން ޙަމީދު ވަނީ ޚިދުމަތް ކޮށްފައެވެ. ސަރުކާރުން މެދުކެނޑިފައި ތިބި މީހުންގެ މެދު ކެނޑުނު މުއްދަތު ގުޅުވައި ދިނުމަށް 2007 ވަނައަހަރު ރައީސުލް ޖުމްހޫރިއްޔާ ކަނޑަ އެޅުއްވުމުން ޙަސަން ހަމީދު އަށް ވަނީ ދެޕެންޝަން ވެސް ލިބިފައެވެ. އުމުރުން 65 އަހަރުވެފައިވާތީ ސިވިލް ސާވިސްގެ ގާނޫނަށް ޢަމަލު ކުރަން ފެށުމާއެކު ހަސަން ހަމީދުވަނީ 1 މެއި 2008 ން ފެށިގެން ސަރުކާރުގެ ވަޒީފާއިން ވަކިކުރެވި މުސްކުޅި ކުރެވިފައެވެ.  

 
ސަރުކާރުގައި ޙަސަން ޙަމީދު ތަފާތު އެކި ފަންތީގެ ވަޒީފާތައް ފުރުއްވާފައި ވެއެވެ. މިގޮތުން ފުރުއްވާފައި ވަޒީފާ ތަކުގެ ތެރޭގައި ފ.ނިލަންދޫ މިސްކިތުގެ މުދިމްކަން، ފ.ނިލަންދޫ ކުޑަކަތީބުކަން، ކަތީބުކަން، ފ.އަތޮޅު އޮފީހުގެ ސެކެޓްރީކަން، ފ.އަތޮޅު ވެރިޔާކަން، ފ.އަތޮޅު އޮފީހުގެ އެހީތެރިޔާކަން، އަދި މިހާރު އަދާކުރައްވާ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަން ހިމެނެއެވެ. މީގެ އިތުރުން އަތޮޅުގެ ނިސްބަތުގައި ސަރުކާރު ނޫނަސް ތަފާތު މަގާމްތައް އެކި ދުވަސްވަރު ފުރުއްވާފައި ވެއެވެ. އެގޮތުން ފ.އަތޮޅު ކޮމެޓީގެ މެންބަރު ކަމާއި، އަދި ފ.އަތޮޅު ފިހާރައިގެ މެނޭޖަރުކަން ފަދަ މަގާމްތައް ފާހަގަ ކޮށްެލެވެއެވެ. 

ފ.އަތޮޅު އޮފީހުގައި ޙަސަން ޙަމީދު ސެކެޓްރީއެއްގެ ގޮތުން މަސައްކަތް ކުރެއްވި ދުވަސްވަރު އެކި ފަހަރު މަތިން އަތޮޅު އޮފީސް ހިންގުމުގެ ބުރަ ޒިންމާ ވެސް އުފުއްލަވާފައި ވެއެވެ. މީގެ އިތުރުން ހަމަ އެމަގާމްގައި ހުންނެވި ދުވަސްވަރު އެކިއެކި ރަށްރަށުގެ ރަށު އޮފީސްތައް ހިންގުމުގައި ވެސް ބައެއް ފަހަރު ހަރަކާތްތެރި ވެފައިވާކަން ފާހަގަ ކުރެވެއެވެ. ދާދި ފަހަކާއި ޖެހެންދެން އިމާމުވެ ހުކުރު ވެސް ކުރައްވާފައި ވެއެވެ. 

ވަޒީފާގައި އުޅުއްވި ދުވަސްވަރު ވެސް ޢާއްމު ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވި އެވެ. ޢާއްމު ރައްޔިތުންގެ ތެރެއިން މީހުން ސަރުކާރުގެ ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ ފަދަ ތަކެތި ލިޔާނޭގޮތް ބުނެދީ ހެއްދެވި އެވެ. އަދި މިނޫނަސް އެކި މީހުންގެ ބޭނުންތައް ފުއްދުމުގައި ވީވަރަކުން އެހީތެރިވެ ދެއްވައި އުޅުއްވި އެވެ. 

ހަސަން ޙަމީދު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ވެރިކަމުގެ ދާއިރާގއެވެ. އެގޮތުން ފ.އަތޮޅު ވެރިކަން، އަދި ފ.ނިލަންދޫގެ ވެރިކަމުގެ ދާއިރާގައި ގިނަ ދުވަސް ތަކެއް ވޭތިކުރައްވާފައި ވެއެވެ. ފ.އަތޮޅު އަތޮޅުވެރިޔާގެ މަގާމް ޙަސަން ހަމީދު އަށް ލިބިލެއްވީ 3 ޖޫން 1973 ގައެވެ. ޖުމްލަ 4 މަހާއި 14 ދުވަހު ފ.އަތޮޅު ވެރިކަން ޙަސަން ޙަމީދު ކޮށްފައިވެއެވެ. ނިލަންދޫގެ ވެރިކަމުގެ ދާއިރާއަށް ބަލާއިރު ފުރަތަމަ ފަހަރަށް ކުޑަކަތީބުކަން ލިބުނީ 8 އޮކްޓޯބަރ 1967 ގައެވެ. އަދި ކުޑަކަތީބު ކަމުން ކަތީބު ކަމަށް 30 މެއި 1970 ގައި ބަދަލު ކުރެއްވި އެވެ. ތަފާތު އެތައް ފަހަރެއްގެ މަތިން ނިލަންދޫގެ ވެރިކަމުގެ ދާއިރާގައި 15 ވަރަކަށް އަހަރު ޙަސަން ހަމީދު ހޭދަކޮށްފައި ވެއެވެ.

ޙަސަން ޙަމީދު އަކީ ޅެންވެރިއެކެވެ. މިގޮތުން އެކިއެކި މުނާސަބާތްތަކާއި ގުޅުވައިގެން ޅެމާއި ލަވަ ހައްދަވައި ފޮތްތަކުގެ ސިފައިގައި ޖަމާކުރައްވާފައި ވެއެވެ. ޙަސަން ޙަމީދު އަކީ ވަރަށް މޮޅަށް ބެރު ޖަހައި އުޅުއްވި ބޭފުޅެކެވެ. އޭނާގެ ދަރިންގެ ތެރެއިން ވެސް ގިނަ ކުދިންނަކީ މިހުނަރުގެ ވެރިންނެވެ. އަދި ޙަސަން ޙަމީދު ވަނީ ރަށުގެ ވަރަށްގިނަ ޒުވާނުންނަށް ބޮޑު ބެރު ޖެހުމުގެ ހުނަރު ދަސްކޮށްދީފައެވެ. މީގެ އިތުރުން ތާރަ ޖެހުމާއި، ޘަޤާފީ އެހެން ކުޅިވަރުތައް ވެސް ޙަސަން ޙަމީދު ދެނެލައްވައެވެ.

ގުލްޝަންތަކުން ފަރިވާމަލުން، ޝުކުރޭ އަދާކުރެވޭނެނީ 

ބުލްބުލްތަކާ މުނިޔާތަކުގެ، ރާގަށް ހަދައި ތުޙުފަތު ދެނީ 

އެކުވެރިވިހާ އަޚްނާއި އުޚުތުން، އެކުއެކީ އެއްބަސް ވެގެން

އެކުވެވި މިރަށު އެންމެން ތިބުން، އަބަދަށްޓަކައި އެދިގެންވަނީ 

އާލާވަމުން އައި ރޫހް، އެކުވެރިކަމުގެ ހިތްތައް ފަރިވަމުން

އާޒާދުކަން ލިބެވޭގޮތުން، ދެމެހެއްޓުމޭ އެދިގެންވަނީ		

ޖާހިލުކަމާ ޒުލްމްގެ ދުވަސްތައް، ދައުރުވީގޮތް ހަނދުމަކޮށް

މާޒީގެ އެކުވެރިކަން އަލުން، އާލާކުރުން އެދިގެންވަނީ 

ގައުމާ ވަޠަން އެދެވޭގޮތަށް، ތަހްޒީބުގައި ކުރިއަށް ދިއުން

ގައުމީ ދަރިންނަށް ވާޖިބެއް، ކަމުގައި ހެދުން ލާޒިމްވަނީ 

މުސްކުޅި، ޅަ، މެދު ޢުމުރުގެ އަޚުން، އެކުވާނެހެން ޅެމުގާ އައުން

ހުސްހަށި ބަޔަށް ދާންދެން މިކަން، ދެމެހެއްޓުމަށް މިގޮވާލަނީ 

ތެދުވެރި އަޚުންނާ އުޚުތުނަށް، ހެދުނާ ހަވީރުގެ މާތަކުން 

އެކުލާ ގަތާ ރަންހާރުތައް، ވެދުމަށް އަރިސްކޮށް އަރުވަނީ 
 

އައިހާ ރަބީޢީ މޫސުމެއް، ފާގަތިކަމާ އެކުވެރިކަމުން 

ފައުޅާއެކީ ތިއަރިސްތަކަށް، ޝުކުރޭ މިދަންނަވަމުން ދަނީ 

އެކުވެރި ވަފާތެރި މިތުރުނަށް، ދެގޮތެއް ނުވާ ވެދުމާ ސަލާމް 

އެކުލާ ޅެމުން ތަކުރާރުކޮށް، މިޚިޔާލުތައް ނިންމާލަނީ

ޙަސަން ޙަމީދު ގެ މަންމަ އަކީ ޙަލީމާ އެވެ. ބައްޕަ އަކީ އަހުމަދު އަލީ ( އައްމަދޭ ) އެވެ. ޙަސަން ޙަމީދުގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮ ވަނީ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ރަށަށް އަރުވާލި އާދަނު ކިޔާ މީހަކު އޭނާ ރޭޕްކޮށް މަރާލުމުންނެވެ. ޙަސަން ޙަމީދު އަހުމަދު ހަތަރު ކައިވެނިކޮށް އޭގެ ތެރެއިން ދެބަނޑަށް 18 ކުދިން ލިބިލެއްވި އިރު ދުނިޔޭގައި ތިއްބެވީ 14 ކުދިންނެވެ. ޙަސަން ޙަމީދު ފަދައިން އޭގެ ތެރެއިން ގިނަ ކުދިން ވެސް ތިއްބެވީ ސަރުކާރު ޚިދުމަތުގައެވެ. ރަށުގެ އެކިއެކި ދާއިރާތަކުގަޔާއި މާލޭގެ ތަފާތު ވަޒީފާތަކުގައި ޙަސަން ޙަމީދު އަށް ބައްޕަ އަދި ކާފަ ކިޔުއްވާ ކުދިންނާއި މީހުން އެބަތިއްބެވެ. 

ޙަސަން ޙަމީދު ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފ.ނިލަންދޫ ޢައިޝަތު އުމަރު މަނިކު(އުމަރުބޭގެ އައިޝާ މަނިކެ) އާއެވެ. އެކައިވެނިން ކުއްޖަކު ލިބިފައެއް ނުވެއެވެ. އެއަށްފަހު ދެން ކައިވެނި ބައްލަވައިގަތީ ޢައިޝަތު މޫސާ އާއެވެ. އެކައިވެނިން 7 ކުދިން ލިބި 4 ކުދިން ދުނިޔޭގައި އެބަތިބި އެވެ. ޙަސަން ޙަމީދު ގެ ކުދިންގެ ތެރެއިން ދޮއްޓަށް ތިބި 2 ފިރިހެން ކުދިންނާއި، 2 އަންހެން ކުދިންނަކީ އައިޝަތު މޫސާގެ ބަނޑުން ލިބިލެއްވި 4 ކުދިންނެވެ. ދެން ކައިވެނި ބައްލަވައި ގަތީ ދ.ހުޅުދެލީ ޚަދީޖާ މޫސާ އާއެވެ. އެކައިވެނިން ކުއްޖަކު ލިބިފައެއް ނުވެއެވެ. އެއަށްފަހު ކައިވެނި ބައްލަވައިގަތީ މިހާރުގެ އަނބިމީހާ މަރިޔަމް ޙުސައިން އާއެވެ. މަރިޔަމް ޙުސައިންގެ ފަރާތުން 11 ކުދިން ލިބި 10 ކުދިން ދުނިޔޭގައި އެބަތިބި އެވެ.

ޙަސަން ޙަމީދު ދަރިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅު މުޙައްމަދު ނަސީމް އަކީ ފ.އ.ތ.މ ގެ އެސިސްޓެންޓް ހެޑްމާސްޓަރެވެ. ޢަބުދުއް ލަތީފް ޙަމީދަކީ ނިލަންދޫ ކޯޓްގެ އެއް މެޖިސްޓްރޭޓް އެވެ. ޢަބުދުލް ޙަލީމް ޙަމީދު އާއި، ޢަބުދުލް މަޖީދު ޙަމީދު މަސައްކަތް ކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް ގައެވެ. ޢާއިޝަތު ޙަމީދު ނިލަންދޫ އޮފީހުގައި މަސައްކަތްކުރާއިރު، ހަބީބާ ޙަމީދު މަސައްކަތްކުރައްވަނީ ނިލަންދޫ ކޯޓްގައެވެ. ޝާހިދާ ޙަމީދު އަތޮޅު އޮފީހުގައެވެ. 

އިސްވެ ބުނެވުނީ ސަރުކާރުގައި ވަޒީފާ އަދާކުރައްވާ މީހުންގެ ވާހަކަ އެވެ. ސަރުކާރުގައި ނޫޅުނަސް ރަށަށް ބޭނުން ވަރަށް މުހިއްމު ވަޒީފާއެއްގައި ޙަސަން ޙަމީދުގެ ދަރިއެއްގެ ޚިދުމަތް ރަށަށް ލިބެއެވެ. ރަށުގައި ތިބި މަދު ފާމަސިސްޓުންގެ ތެރެއިން ޒަހިއްޔާ އަކީ ޙަސަން ޙަމީދު ގެ އުފަން ދަރިއެކެވެ. ޞިއްޙީ ދާއިރާގެ މިމުހިއްމު ވަޒީފާގައި ޒަހިއްޔާ އަދާކުރާ ރޯލަށް ޝުކުރު ޙައްގެވެ. 

މުޅި ނިލަންދޫ ފަސްގަނޑަށް ބަލައިލި ނަމަވެސް ޢިލްމީ ކުދިންތަކެއް ތިބި ބަގީޗާގެ ކުދިންނަކީ ވެސް ޙަސަން ޙަމީދު އަށް ކާފަ ކިޔުއްވާ ކުދިންނެވެ. ވަކިވަކިން ނަން ފާހަގަ ނުކުރި ނަމަވެސް މިއިން ކޮންމެ ކުއްޖެއް ދަނީ ފަސްޖެހުމެއް ނެތި ސަރުކާރާއި ގައުމަށް ޚިދުމަތް ކުރަމުންނެވެ.

މުޙައްމަދު ނަސީމް އަކީ ޙަސަން ޙަމީދުގެ ދޮށީ ފިރިހެން ބޭފުޅާ އެވެ. މުހައްމަދު ނަސީމަކީ ތަޢުލީމީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި ޕެންޝަން ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. 5 ކުދިންގެ ބައްޕަ މުޙައްމަދު ނަސީމް މިހާރު އަދާކުރާ ވަޒީފާ އަކީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމެވެ. މުޙައްމަދު ނަސީމް އަދާކުރި އެހެން ވަޒީފާތަކުގެ ތެރޭގައި މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން، އަހުމަދިއްޔާ ސުކޫލްގެ މުދައްރިސްކަން، ހިމެނެއެވެ. މީގެ އިތުރުން ނަސީމް އަކީ ސްކައުޓް ލީޑަރެކެވެ. 

ޢަބުދުއް ލަތީފް ޙަމީދު އަކީ މަރިޔަމް ހުސައިންގެ ބަނޑުން ޙަސަން ޙަމީދަށް ލިބިލެއްވެ ފުރަތަމަ ފިރިހެން ބޭފުޅާ އެވެ. 10 އަށްވުރެ ގިނަ ދުވަހު ސަރުކާރުގައި ހޭދަކުރައްވާފައިވާ އިރު މިހާރު ހުރީ ފ.އަތޮޅުގެ ސީނިއަރ މެޖިސްޓްރޭޓް ގެ މަގާމް ގައެވެ. މައުހަދުން ހިންގި މުހާމީ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވި ޢަބުދުއް ލަތީފް ޙަމީދު ވަނީ ކުރިން މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކެޓްރީ ކަމާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކެޓްރީކަން ވެސް ކޮށްފައެވެ. ލަތީފްގެ ތަޢުލީމީ މަރުހަލާ ފެށިގެން އައީ ނިލަންދޫ ސުކޫލުންނެވެ. އަދި އޭގެ ފަހުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތައުލީމް ޙާޞިލް ކޮށްފައި ވެއެވެ. 

ޒަހިއްޔާ ޙަމީދު އަކީ ފ.އަތޮޅު ހޮސްޕިޓަލް ގައި މަސައްކަތްކުރާ ޖޫނިއަރ އެސިސްޓެންޓް ނަރުހެކެވެ. އެޑްވާންސް ސެޓްފިކެޓް އިން ނާރސް އިން ފުރިހަމަ ކުރުމަށްފަހު ފ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ދެއަހަރެއްވަރު ރަށުގައި ހުރި ފާމަސީގައި ފާމަސިސްޓެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވެއެވެ. އެއީ އޭގެ ކުރިން އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވާތީ އެވެ. އެހެން ކަމުން ޒަހިއްޔާ އަކީ ނަރުހެކެވެ. އަދި ފާމަސިސްޓެންޓް އެއްވެސް މެއެވެ. މިހާރު ވެސް ނަރުހެއްގެ އިތުރުން އިތުރު ގަޑީގައި ފާމަސީ ގައި ޒަހިއްޔާ މަސައްކަތް ކުރެއެވެ.

ޙަސަން ޙަމީދު އަކީ ފ.ނިލަންދޫގައި އުފެދިފައި އޮތް އެންމެ ދުވަސްވީ ޖަމްޢިއްޔާ ޑޭލައިޓް ކްލަބް ގެ އެއް ބާނީ އެވެ. މިޖަމްއިއްޔާ ވުޖޫދަށް އައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ އެއް ފަރާތަކީ ވެސް ހަމަ ހަސަން ހަމީދު އެވެ. އަދި ތަފާތު ދުވަސްވަރު އެ ޖަމްޢިއްޔާ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިއަދު ޖަމްޢިއްޔާ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރި ނޫޅުއްވިޔަސް މުސްތަޝާރެއްގެ ގޮތުން ހަސަން ހަމީދުގެ  ޚިދުމަތް ކްލަބަށް ދެއްވައެވެ. އަދި ކްލަބުން ރާވައި ހިންގާ ތަފާތު ކަންކަމުގައި ޚިޔާލު ދެއްވައި ކަންކުރަންވީ ގޮތް ބުނެދީ ހަދައެވެ. މިހާރު ވެސް އެކްލަބް ހިންގުމުގައި ހަސަން ހަމީދުގެ ބައެއް ދަރިންގެ ބައިވެރިވުން ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.

އަލްފާޟިލް ޙަސަން ހަމީދު ނިޔާވެފައިވަނީ އުމުރުން 77 އަހަރުގައި 27 ޖެނުއަރީ 2014 ވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވަޅުލެވިފައިވަނީ މާލޭ އާސަހަރާގައެވެ. 




#Article 97: އަހުމަދު މޫސާ (494 words)


ނިލަންދޫ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އޭނާވަނީ އަހަރުތަކެއް ހޭދަކޮށްފައެވެ. ނިލަންދޫ ކަތީބު ކަމާއި، އެހެނިހެން ބައެއް މަޤާމްތައް އޭނާވަނީ ފުރުއްވާފައެވެ. އެއީ އަގުހުރި ޢިލްމީ އެތައް ދަރިންތަކެއްގެ ބައްޕައެކެވެ. އޭނާގެ ކިބައިން އަބަދު ވެސް ފެންނާނީ މަޑުމައިތިރި ކަމާއި، ހިތް ހެޔޮ ކަމެވެ. 

 
ނިލަންދޫގެ ރައްޔިތުން ދަނޑުވެރިކަމުގެ ތެރެއަށް ވަދެގެން ދިޔައީ އޭނާގެ ސަބަބުންނޭ ބުނުން އެއީ ނިލަންދޫގައި އުޅޭ އެހެން ދަނޑުވެރިންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ. 1990 ވަނަ އަހަރުގެ ތެރޭގައި ޢިރާޤުން ކުވައިތަށް އެރުމާއި ގުޅިގެން ކުވައިތަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި އެމެރިކާ އާއި އިރާޤާއި ދެމެދު ކުރެވުނު ހަގުރާމަ ހިނގި ދުވަސްވަރު ހަގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނޭ ކަމުގެ ބިރުހީވެ، އަމިއްލައަށް އިސްނަންގަވައިގެން ސަރުކާރުގައި ދަންނަވަައިގެން ޖަންގަލިން ބިމެއް ސާފުކޮށް އެތާގައި ދަނޑުވެރިކަމުގެ މަސައްކަތް ފެއްޓެވި އެވެ. 

އަދި ޢާންމު ރައްޔިތުންގެ ސަމާލުކަން ހޯއްދައި މިކަމުގެ ބޭނުންތެރިކަމާ މެދު މީހުން ހޭލުންތެރި ކުރުވި އެވެ. ނަތީޖާއެއްގެ ގޮތުން ނިލަންދޫ މާލިއްޔަ ވައު ރައްޔިތުންގެ ދަނޑުބިންތަކަށް ބަދަލު ވެގެން ދިޔައެވެ. އޭގެ ނަތިޖާ ފޮނިވެފައި ރަހަ މީރު ވެސް މެއެވެ. ނަތީޖާއަކީ ކޮބައިކަން އެގިލައްވާތޯ އެވެ. މުޅި ދުނިޔޭގައި އަހަރަކު އެއްފަހަރު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ގައުމީ ފެންވަރެއްގައި 1991 ވަނަ އަހަރު ފާހަގަކޮށްފައިވަނީ އަހަރެމެންގެ އުފަންރަށް ފ. ނިލަންދޫ ގައެެވެ. މިހާރު ތިޔަ ބޭފުޅުންނަށް އަޅުގަނޑު މިއިޝާރާތް ކުރައްވަނީ ކާކުކަން އެގިވަޑައިގެންފި ދޯ އެވެ. އާދެ! ނިލަންދޫ އަތިރީގޭ އަޙުމަދު މޫސާ އެވެ. ނިލަންދޫ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ކަތީބު ދޮންބެ އެވެ. 

 
އަޅުގަނޑަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކަތީބު ދޮންބެ ވަނީ 3 ފަހަރެއްގެ މަތިން ގާތްގަނޑަކަށް 5ވަަރަކަށް އަަހަރު ނިލަންދޫގެ ކަތީބުކަން ކުރައްވާފައެވެ. ފުރަތަމަ ކަތީބުކަން ލިބިލައްވާފައިވަނީ 1959 ވަނަ އަހަރު އެވެ. އެއަށްފަހު 1968ން 1971 އާއި ދެމެދުގެ މުއްދަތުގައި ވެސް ނިލަންދޫ ކަތީބުކަން ކޮށްފައި ވެއެވެ. އަދި 1997ން 1998 އަށް ވެސް ކަތީބުކަން ކޮށްފައި ވެއެވެ. މީގެ އިތުރުން ދުވަސްކޮޅެއް ވަންދެން ކުރިން އޮންނަ މަގާމެއްކަމުގައިވާ އަތޮޅުގެ ނާއިބުކަން ވެސް ކުރައްވާފައި ވެއެވެ. 

 
އަމިއްލައަށް އިސްނަންގަވައިގެން 1990 ވަނަ އަހަރު ފެށި ދަނޑުވެރިކަމުގެ މަސައްކަތް އަދިވެސް މުޅިން ހުއްޓައެއް ނުލައްވައެވެ. މިއަދު ކަތީބު ދޮންބެ އެމަސައްކަތުގައި ޞިއްޙީ ޙާލު ހުރިގޮތުން ޙަރަކާތްތެރި ނުވި ނަމަވެސް އޭނާގެ ދޮށީ ދެ އަންހެން ދަރިންދަނީ ދަނޑުވެރިކަމުގެ މަސައްކަތްކޮށް ފައިދާ ހޯދަމުންނެވެ. 1991 ވަނަ އަހަރު ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމް ކަތީބު ދޮންބެ އަށް ލިބިފައިވެއެވެ. މިއިނާމް ލިބިފައިވަނީ ދަނޑުވެރިކަމުގެ ރޮގުން ޚިދުމަތް ކުރުމުގެ ސަބަބުންނެވެ. ކަތީބު ދޮންބެ އިސްނަންގަވައިގެން ނިލަންދޫގައި 1990 ވަނަ އަހަރު ފެއްޓެވި ދަނޑުވެރިކަމުގެ މަސައްކަތް ފާއިތުވި 16 ވަރަަކަށް އަހަރުގެ ތެރޭގައި ވަނީ ހީނުކުރާ ވަރަށް ފުޅާވެފައެވެ. ރަށުގެ އެތައް ރައްޔިތުންނެއް ދިރިއުޅުމަށްކުރާ މަސައްކަތަކަށް ދަނޑުވެރިކަން މިއަދުވަނީ ވެފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މެދުރާއްޖެ ތެރޭގައި ފާހަގަކޮށްލެވޭ ދަނޑުވެރި ރަށަކަށް ނިލަންދޫވަނީ ވެފައެވެ.  

ކަތީބު ދޮންބެ އަކީ ތަޢުލީމީ އެތައް ދަރިންތަކެއްގެ ބައްޕައެކެވެ. އަދި ގައުމަށް ބޭނުންތެރި، ގައުމަށް ޚިދުމަތްކުރާ ވަފާތެރި އެތައް ދަރިންތަކެއްގެ ކާފައެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ފ.އަތޮޅާއި، އަދި ޚާއްޞަކޮށް ނިލަންދޫގެ އެކި ފެންވަރުގެ ވަޒީފާތަކުގައި ތިއްބެވި ވަރަށް ގިނަ މީހުންނަކީ ކަތީބު ދޮންބެއަށް ބައްޕަ، ނުވަތަ ކާފަކިޔާ ދަރީންނެވެ. 

ނިލަންދޫގެ ފަސްގަނޑުން ޢިލްމީ ގޮތުން މަތީ ފާސް ނަންގަވައިގެން ތިއްބެވި އެންމެ ގިނަ ދަރިންގެ ބައްޕައަކީ ވެސް ކަތީބު ދޮންބެ އެވެ. ކަތީބު ދޮންބެ 4 ދަރިއަކު ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ އިރު، އޭގެ ތެރެއިން އެކަކު ދަނީ ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.އަނެކަކު ދަނީ އިންޑިޔާގައި މާސްޓާރޒް އަށް ކިޔަވަމުންނެވެ.  ހަމަމިހެން ކަތީބު ދޮންބެ އަށް ބައްޕަ ކިޔުއްވާ 5 މީހަކު ޓީޗަރުންގެ ގޮތުގައި ފ.އ.ތ،މ ގައި މަސައްކަތް ކުރައްވައެވެ. ސްކޫލާއި، އަތޮޅު އޮފީހުގެ އިސް މަގާމްތަކުގައި ތިއްބެވީ ވެސް ކަތީބު ދޮންބެގެ ދަރިންނެވެ.

ކަތީބު ދޮންބެގެ ކައިރިއަށް ކަމަކު ޖެހިގެން މީހަކު ގޮސްފިނަމަ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިވެ ދެއްވައެވެ. ފަހަރެއްގައި ވެސް އެއިން މީހަކު މާޔޫސްކޮށް ދެރަކޮށްލައްވާފައެއް ނުވެއެވެ. ކަތީބު ދޮންބެ ނިލަންދޫ އަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް މިފުރުޞަތުގައި ޝުކުރުގެ ޖިޒީތައް ފޮނުވަމެވެ. އަދި ކަތީބު ދޮންބެގެ ދަރިންނާއި ކާފަދަރިންގެ ފަރާތުން ނިލަންދުއަށް ލިބިފައިވާ، އަދި ލިބެމުންދާ ޚިދުމަތްތައް ފާހަގަކޮށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. 

ނިލަންދޫ ރައްޔިތުންގެ ހިތުގައި ކަތީބު ދޮންބެ ފަދަ ކަމުވޮށިގެންވާ ކޮންމެ ޝަޚްޞިއްޔަތަކަށް އަބަދު ވެސް އިޙްތިރާމާއި، ލޯތްބާއި، ޤަދަރު އޮންނާނޭކަން ޔަގީނެވެ.  ޓީވީ މޯލްޑިވްސް އިން އިޢުލާން ކޮށްފައިވާ ލާމަސީލު ކާފަ، މާމަ އެވޯޑަށް ނިލަންދޫ ފަސްގަނޑުން ނަމެއް ފޮނުވާނަމަ އެކަމަށް އެންމެ އައުލާކަން ބޮޑު ބަޔަކަށް ވާނީ ކަތީބު ދޮންބެގެ ދެމަފިރިންކަން ޔަގީނެވެ. ތިޔަފަދަ ޝަޚުޞިއްޔަތު ތަކަށް ދިގުއުމުރަކަށް އަބަދު ވެސް އަހަރެމެ




#Article 98: މޫސާ ޢަލީ (445 words)


ފ.އަތޮޅާއި، އުފަން ރަށަށް ޚިދުމަތް ކުރުމުގައި އޭނާގެ ޢުމުރުގެ ބޮޑުބައިވަނީ ހޭދަކޮށްފައެވެ. އެއީ ހިތްތިރި މަޑުމައިތިރި ބޭފުޅެކެވެ. ދުވަހަކު ވެސް ހަރުއަޑުލައި ވާހަކަ ދެއްކި އަޑެއް މީހަކަށް ނީވޭނެ އެވެ. މަންފާއެއް ނެތް ބޭކާރު އަނގަތެޅުމުގައި އެންމެ ސިކުންތެއް ވެސް ހޭދަކޮށްފައެއް ނުވެއެވެ. ދާދި ފަހަކާއި ޖެހެންދެން ދަރަބޫދޫ ކޯޓްގެ މެޖިސްޓްރޭޓްކަން ވެސް އޭނާ ކޮށްފައިވެއެވެ. އަޅުގަނޑުގެ މިފަހަރުގެ ޚިދުމަތްތެރިޔާއަކީ ކާކުކަން މިހާރު އެގިއްޖެ ދޯއެވެ. އާދެ! ނިލަންދޫ ނޫރާނީގޭ މޫސާ ޢަލީ އެވެ. 

 
މޫސާ ޢަލީ ވަނީ ސަރުކާރުގެ އެކިފެންވަރުގެ ވަޒީފާތައް ފުރުއްވާފައެވެ. މިގޮތުން ފާހަގަ ކުރެވޭ ވަޒީފާތަކުގެ ތެރޭގައި ނިލަންދޫގެ ކަތީބުކަން، ނިލަންދޫ ކޯޓްގެ މެޖިސްޓްރޭޓްކަން، އަދި ދަރަނބޫދޫ ކޯޓްގެ މެޖިސްޓްރޭޓްކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގައި އުޅެ އޭނާވަނީ ޕެންޝަން ވެސް ޙާޞިލް ކޮށްފައެވެ. 

މޫސާ ޢަލީ މެޖިސްޓްރޭޓްކަން ކުރި ދުވަސްވަރު ދުވަހަކުވެސް އިންސާފުން ބޭރުވެ، ކަތިމަގުން ހިންގެވުމަށް މަސައްކަތް ކުރައްވާފައެއް ނުވެއެެވެ. މުއްސައްޖަކަސް، ފަގީރަކަސް، ނިކަމެއްޗަކަސް، ޢަދުލު އިންސާފުގެ ކުރިމަތީގައި ވާނީ އެއްވަރުކަން ޢަމަލުން ސާބިތުކޮށް ދެވިއެވެ. ދުވަހަކު ވެސް މީހެއްގެ އަތުން ކޯޓަށް ހުށަހެޅިފައި އޮންނަ މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހިފާފައެއް ނުވެއެވެ. 

 
މޫސާ ޢަލީގެ އުފަން ދަރިންގެ ތެރެއިން އެންމެ ހަނގު ފިރިހެން ދަރިފުޅު ޢަބުދުﷲ ނަޞީރު ހުރީ ގައުމަށް ޚިދުމަތް ކުރުމުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. އުފަން ރަށުގައި ޚިދުމަތް ދެއްވުމުގެ ފުރުޞަތު ނުލިބުނަސް މާޔޫސް އެއް ނުވެއެވެ. މިހާރު ޢަބުދުﷲ ނަޞީރަކީ ފ.ބިލެއްދޫ ސްކޫލްގެ އިސްލާމް ޓީޗަރެކެވެ. ކުރިން ޢަބުދުﷲ ނަޞީރު ވަނީ މަޖީދިއްޔާ ސްކޫލްގައި އިސްލާމް މުދައްރިސެއްގެ ގޮތުން މަސައްކަތްކޮށްފައެވެ. ޢަބުދުﷲ ނަޞީރު ފަދައިން މޫސާ ޢަލީގެ އެހެން ދަރިންވެސް އެކި ސިފަސިފައިގައި އިޖްތިމާޢީ ކަންކަމުގައި ބައިވެރިވާކަން ފާހަގަ ކުރެވެއެވެ. 

ހަމަމިހެން މޫސާ ޢަލީގެ ކާފަ ދަރިންގެ ތެރެއިން 3 މީހަކު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރުންގެ ގޮތުގައި ހަރަކާތްތެރިވެއެވެ. އެއީ އާމިނަތު އިބްރާހީމް، އިސްމާޢީލް ނަޞީރު، އަދި ޢަބުދުލް ޣަނީ އިބްރާހީމް އެވެ.  މި 3 ފަރާތަކީ ވެސް ސްކޫލުން ރާވައި ހިންގާ ތަފާތު ހަރަކާތްތަކުގައި ޓީޗަރުންގެ ގޮތުން އިސް ދައުރެއް އަބަދު ވެސް އަދާކުރާ ބައެކެވެ. 

އިސްމާޢީލް ނަޞީރަކީ ނިލަންދޫ ޒުވާނުންގެ ތެރެއިން ހޮވާލެވޭނެ ފަރާތެކެވެ. ރަށުގައި ކޮންމެ ކަހަލަ ހަރަކާތެއް ހިންގި ނަމަވެސް އެތަނަކުން އިސްމާޢީލް ނަޞީރު ފެންނާނެއެވެ. އެއީ، ރަށުގެ ތަރައްޤީއަށް ހިންގާ ހަރަކާތެއް ވިޔަސް، ނުވަތަ ޢީދު ކަހަަލަ ދުވަސްވަރާއި ގުޅިގެން ބާއްވާ ކުޅިވަރު މުބާރާތެއް ވިޔަސް މެއެވެ. މިފަދަ ކޮންމެ ކަމެއްގައި ކޮންމެ ވެސް ސިފައެއްގައި އިސްމާޢީލް ނަޞީރުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. 

ޢަބުދުލް ޣަނީ، އަދި ހުސައިން ރަޝީދަކީ ވެސް އެބަޔެއްގެ މަތިން ހަދާން ނުކޮށް ދޫކޮށްލެވޭ ވަރުގެ ބަޔެއް ނޫނެވެ. ބޭބެ އިސްމާޢީލް އެކޭ އެއްފަދައިން ރަށުގައި ބޭއްވޭ އެކިއެކި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ތަންކޮޅަކީ  މި 3 ބެއިންނަކީ ވެސް ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ 3 ބެއިން ކަމެވެ. ފުޓްބޯޅަ، ވޮލީ، ބެޑްމިންޓަން، ޓޭބަލް ޓެނިސް ފަދަ ކުޅވަރުތަކުގައި މި 3 ފަރާތަކީ ފާހަގަކޮށްލެވޭ ބައެކެވެ. ޚާއްޞަކޮށް އެއީ މުޅިރަށުން ވެސް ހޮވާލެވޭނެ
މޮޅު 3 ފުޓްބޯޅަ ކުޅުންތެރިންނެވެ. ޙުސައިން ރަޝީދު ވަނީ ފ.އ.ތ.މ ގެ ކެޕްޓަން ވެސް އޭނާ ސްކޫލް ނިމުނު އަހަރު ކޮށްފައެވެ. އަދި ޣަނީ ވެސް ވަނީ ޕްރިފެކްޓް ކަމާއި ސްކޫލްގެ އިސްމަގާމްތައް ފުރާފައެވެ. 

މޫސާ ޢަލީގެ ކާފަ ދަރިންގެ ތެރެއިން މިއަދު ސްކޫލް ޓީޗަރެއްގެ ވަޒީފާގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އާމިނަތު އިބްރާހީމް އަކީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ހެޑް ޕްރިފެކްޓް އެވެ. އަދި އޭރުގެ ސްކޫލްގެ ކެޕްޓަން ވެސް މެއެވެ. އެއަށްފަހު ހަމަ އެގޭ ބަދޫރާ އިބްރާހީމް ވަނީ އޭގެ އަހަރުތަކެއް ފަހުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ވައިސް ކެޕްޓަންކަން ވެސް ކޮށްފައެވެ.   މިއަދު ހުސައިން ރަޝީދު އަދި ބަދޫރާ ވެސް ތިބީ ސަރުކާރުގެ ޚިދުމަތު ގައެވެ.

މޫސާ ޢަލީ ނިލަންދޫއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް މިފުރުޞަތުގައި  އިން އައްސަރިބަހާއި، ޝުކުރު ރައްދު ކުރަމެވެ. މޫސާ ޢަލީ ފަދައިން ޚިދުމަތް ކުރަމުންދާ އޭނާގެ ދަރިންނާއި، ކާފަ ދަރިންގެ ކިބައިން ވެސް އެދޭ އެދުމަކީ ތިޔަ ޢަޒުމެއް ބަދަލެއް ނުގެނެސް އުފަން ރަށާއި، އަތޮޅަށް ސާބިތުވެތިބެ، ޚިދުމަތް ދެއްވާށެވެ. ތިޔައީ ނިލަންދޫ އާއި، ފ. އަތޮޅު އަބަދުވެސް ދެކެންބޭނުންވާ ޒުވާނުންކަން އުފަލާއެކު ފާހަގަ ކުރަމެވެ.




#Article 99: ނިލަންދޫ (ފ. އަތޮޅު) (2741 words)


ނިލަންދޫ އަކީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަން ކުރާ ރަށެވެ.  މިއީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ.  މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ.  މިރަށުގައި އޮންނަ  ފޯއްމަތި   ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.

ނިލަންދޫ އާޘާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައިހުރި ތަނެވެ. ކުރީގައި އެ ވެލިފުނި ވަރަށް އުސްކޮށް އޮވެއެވެ. އެ ތަނަކީ އާޘާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި މިހާރު އޮތީ ވަރަށް ތިރިކޮށެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައިވެއެވެ. މި ސަރަހައްދުގައި ކުރީގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެއް އޮންނަކަމުގައި ނިލަންދޫގެ ދުވަސްވީ މީހުން ބުނެއެވެ. ވެވުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ފެންނަން އެބަހުއްޓެވެ. މިހާރުވެސް އެ ސަރަހައްދާ ކައިރީ ބައެއް ގޯތިގޯތި ކޮންނައިރު ހިރިގަލުން ހަދާފައި ހުންނަ ބައެއް ތަކެތި ފެންނަމުން ދެއެވެ. 

މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ.  ނިލަންދޫގެ އާޘާރީ ސަރަހައްދާއިބެހޭ އެކިއެކި ދިރާސާތަކާއި ތަފާތު ހޯދުންތައް  ދިވެހިބަހާއި ތާރތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.  ނިލަންދޫގެ އާޘާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ.

ނިލަންދޫ އަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ވެރިރަށެވެ. ނިލަންދެ އަތޮޅުގެ ނަން ނިސްބަތްވަނީ ވެސް މިރަށަށެވެ. އަތޮޅުގައި އޮތް އެންމެ އާބާދީ އަދި ބިމުގެ ގޮތުން ބޮޑު މިރަށަކީ ދިވެހިރާއްޖޭގެ ތާރީޚްގައި ފާހަގަކޮށްލެވޭ ރަށެކެވެ. ނިލަންދޫ އަށް ނިލަންދޫ މިނަމުން ނަންދެވިފައިވަނީ ރަށަށް ލިބިފައިވާ ފުޅާ، ފުން، މަޑު ނޫކުލައިގެ ވިލުގެ ސަބަބުން ކަމުގައި ބުނެވެއެވެ.

ނިލަންދުއަކީ ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ އިރު އުތުރުފަރާތުން ވަރަށްބޮޑަށް ގިރައި އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް ދަތިވާތީ އެ ސަރަހައްދު ޙިމާޔަތް ކުރުމުގެ ގޮތުން ރައްޔިތުންގެ 06 ދުވަހުގެ މަސައްކަތުން 1998 ވަނައަހަރު، ދިގުމިނުގައި 1200 ފޫޓު ފުޅާމިނުގައި 25 ފޫޓުގެ ތޮއްޓެއް ލެވިފައި ވެއެވެ. އެތަން ހިއްކުމުގެ ގޮތުން އެތަނުގައި ކުނިކޮށި ހަދައިގެން ކުނިއަޅަމުން ގެންދިއުމުގެ ސަބަބުން މިހާރު އެތަން ވަނީ ވަރަށްބޮޑަށް ހިކިފައެވެ. 

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސެންޓް ސޮސައިޓީގެ ހިލޭ އެހީގެ ދަށުން ލޮނުފެން މީރުފެނަށް ހަދައިދޭ ނިޒާމެއް ނިލަންދޫގައި ޤާއިމުކޮށް އެ ޚިދުމަތް މިހާރު ލިބެމުން ދެއެވެ. 

 

ނިލަންދޫގައި 2000 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި 250 × 800  ފޫޓުގެ ބަނދަރެއް ސަރުކާރުން ހައްދަވާ ދެއްވާފައި ވެއެވެ. މީގެ އިތުރުން މިރަށުގެ އިރު އުތުރު ފަރާތުގައި މަސްވެރިންގެ ލުއި ފަސޭހައަކަށް ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި  150 × 400 ފޫޓުގެ ބަނދަރަކާއި،  ނިލަންދޫގައި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައަޅާ އެތަނުގައި މުދާ އަރުވާ ބޭލުމަށް 400 ފޫޓުގެ ޖެޓީއެއް މިރަށުގެ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހަދާފައި ވެއެވެ. 

ސަރުކާރުގެ ފަރާތުން ވަނީ މިރަށުގެ ބަދަރު ކޮނެ ބިންހިއްކުމުގެ މަޝްރޫޢެއް ހިންގައިފައެެވެ. މިގޮތުން ރަށުގެ ހުޅަގު ފަރާތުން 800ފޫޓް ދިގު، 280 ފޫޓް ފުޅާ ބަދަރެއް ހަދައި، ތޮށިލައި، އަދި ކުރީގެ ފާލަން ހުރި ހިސާބުން ބަދަރު ތޮއްޓާއި ދޭތެރޭ 315ފޫޓްގެ ދިގު ފާލަމެއް ހެދިފައި ވެއެވެ. މިތަން ބޭނުން ކުރެވެނީ މުދާ ބާލައި އެރުވުމަށެވެ.

 
މީގެ އިތުރުން 400 ފޫޓް ދިގު، 200 ފޫޓް ފުޅާ ބަދަރެއް ކުޑަ ގަނޑުވަރުމަގާ ދިމާލުން ރަށުގެ އުތުރު ފަރާތު ފަޅުގައި ކޮނެފައި ވެއެވެ. ޢާންމު ގޮތެއްގައި މިބަނދަރު ބޭނުންކުރެވެނީ ބޭރު ރަށްރަށުގެ މީހުން ބަދަރުކުރާ ތަނެއްގެ ގޮތުގައެވެ. 

ބަދަރު ކޮނެގެން ނެގުނު ވެލިން ދެބަދަރުގެ ދޭތެރެއިން ފަޅުތެރޭގައި ގާތް ގަނޑަކަށް 800 ފޫޓް ދިގު، 400 ފޫޓް ފުޅާ މިން ހުރި ރަށެއް ހިއްކައިގެން ތައްޔާރު ކުރެވިފައި ވެއެވެ. ނިލަންދޫ ފަޅުތެރޭގައި އޮތް ޞިނާޢީ މިރަށަށް މިއަދު މުޚާޠަބު ކުރެވެނީ ކުޑަ ނިލަންދޫ ގެ ނަމުންނެވެ.

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާ، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. ނިލަންދުއަކީ ކުރިންވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލް ނުކުރެވޭތީ ނިލަންދޫ ރ.ކ ކޮމެޓީން އިސްނަގައިގެން ތޮއްޑޫ ދަނޑުވެރިޔަކު ގެނެސް ގިނަ ބަޔަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިލަންދުއަކީ ރާއްޖޭގެ ނިސްބަތުގައި ދަނޑުވެރި ކަމުގެ މަސައްކަތަށް ޚާއްޞަކޮށް ކަރަލާއި، ކިއު ކަންބާ ފަދަ ތަކެތި ހެއްދުމަށް ފާހަގަ ކުރެވޭ ރަށެކެވެ. މިހާރު ދަނޑުވެރި ކަމުން ރަނގަޅު އާމްދަނީއެއް ލިބެމުން ދެއެވެ.

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު އެއް މަސައްކަތަކީ މަސްވެރިކަމެވެ. މިގޮތުން ޢާންމުކޮށް މަހަށްފުރާ 3-4 ދޯނި ރަށުގައި އޮވެއެވެ. އަދި ބައެއް ދޯނި ފަހަރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރި ވެއެވެ.މަދު ބަޔަކު ނަމަވެސް އިހީގެ މަސައްކަތުގައި ހަރަކާތްތެރި ވެއެވެ. މީގެ އިތުރުން ބޭރު ރަށްރަށުން ނިލަންދޫގެ ބައެއް ވިޔަފާރި ވެރިންނަށް މަސްކިރާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ކިރާ މަސް ނިލަންދޫގައި ކައްކައި، ހިއްކައިގެން މާލެ ގެންގޮސްގެން ވިއްކައި ހަދައެވެ. ހަމަމިހެން ރިހާކުރު ވެސް އެކަށޭނަ ވަރަކަށް ތައްޔާރުކޮށްގެން ވިއްކައި ހަދާކަން ފާހަގަ ކުރެވެއެވެ. 

ދަނޑުވެރިއަކީ ނިލަންދޫގައި ކުރިއަރަމުން އަންނަ ވަރަށް ގިނަ ބަޔަކު ހަރަކާތްތެރިވާ މަސައްކަތެކެވެ. ދަނޑުވެރިން ޢާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރާ، ކޮޕީފަތް، ކިއުކަމްބާ، ބަރަބޯ، ފަޅޯ، އަދި ތަފާތު ބާވަތްތަކުގެ ފަތާއި، ދޮންކެޔޮ ފަދަ ބާވަތްތައް ހިމެނެއެވެ. ދަނޑުވެރިކަމުން ވެސް އެމަސައްކަތުގައި އުޅޭ މީހުން އެކަށޭނަ އާއްމުދަނީ އެއް ހޯދާކަން ފާހަގަ ކުރެވެއެވެ. 

 
އަމިއްލަ ވިޔަފާރި ހިންގުމުގައި ވަރަށް ގިނަބަޔަކު ޝާމިލްވެއެވެ. މިގޮތުން ވިޔަފާރި ކުރާ ތަފާތު 8 ފިހާރަ ނިލަންދޫގައި ހުރެއެވެ. އަދި ސައި ހޮޓާގެ ގޮތުގައި ތަފާތު 3 ތަން ހިންގައެވެ. މިއީވެސް ފުދޭވަރެއްގެ ލާރި ލިބޭ މަސައްކަތެއްކަމަށް އެމަސައްކަތުގައި އުޅުއްވާ ބޭފުޅުން ގަބޫލު ކުރައްވައެވެ. 

 
ނިލަންދޫގެ ވަރަށްގިނަ ބަޔަކު މާލޭގެ ސްކޫލްތަކާއި، ފުލުހުން، ސިފައިން، އަދި އެހެނިހެން އޮފީސްތަކުގެ ވަޒީފާތަކުގައި ހަރަކާތްތެރި ވެއެވެ. އެންމެ ގިނައީ އޮފީސް ވަޒީފާތަކުގައި އުޅޭ މީހުންނެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ނިލަންދޫގެ 60 އަށްވުރެ ގިނަ ފަރާތްތައް ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރަކާތްތެރި ވެއެވެ. ދެން އެންމެ ގިނައީ ޓީޗަރުންކަން ފާހަގަ ކުރެވެއެވެ. 

 
ނިލަންދޫގެ ރައްޔިތުން ދިރިއުޅުމަށްކުރާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުން، ފަންގިވިނުން،ރޯނުވެށުން، ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ވަރަށް ގިނަ މީހުން ގުރޫޕް ހަދައިގެން ޢިމާރާތްކުރުމުގެ މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ. މަދުން ނަމަވެސް ރިސޯޓް ތަކުގައި ވެސް ނިލަންދޫގެ މީހުން މަސައްކަތްކުރެއެވެ.

މިރަށުގެ ރައްޔިތުންގެ ނަމުގައި ވިޔަފާރީގެ އުސޫލުން ހިންގާ ތެއު ސެންޓަރެއް ޖެޓީ ސަރަހައްދުގައި ހުރެއެވެ. މި ސެންޓަރުން ނިލަންދޫގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތެލެއް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ޑީސަލް، ޕެޓްރޯލް، ކަރާސީނު، ރޮޓެއްލާ، ކާސްޓްރޯލް ހިމެނެއެވެ. ރައްޔިތުންގެ ތެއު ސެންޓަރަކީ ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދާ ތަނަކަށްވާތީ، ތެލުގެ ޚިދުމަތް ދިނުމަށްޓަކައި ތެއު ސެންޓަރުގެ ގޯތީގައި ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ޢިމާރާތެއް ހުރެއެވެ.

ނިލަންދޫގެ އޮޑިދޯނި ފަހަރަށާއި، އެކިއެކި ބޭނުންތަކުގައި ނިލަންދުއަށް އަންނަ ބޭރު ރަށްރަށުގެ އުޅަނދުފަހަރަށް ލުއި ފަސޭހަ ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ ގޮތުން 01 ނޮވެމްބަރ 2002 ން ފެށިގެން މިރަށުގެ ޖެޓީ ސަރަހައްދުގައި ފެނުގެ ޚިދުމަތް ދޭން ފެށިފައި ވެއެވެ. ވާރޭ ފެނާއި، ފެންވެރުމަށް ބޭނުންވާ ވަޅުފެން ދޫކުރަމުން ގެންދަނީ އެއްވެސް އަގެއް ނެތި ހިލޭ ސާބަހަށެވެ.

މިރަށުގައި 1986 ގެ ކުރިން ތަޢުލީމު ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުރިން މިރަށުގައި ތަޢުލީމުދެމުން ދިޔައީ ނިލަންދޫސްކޫލް ގެ ނަމުގައި މިހާރު އަތޮޅުސްޓޯރު ހިންގާ ޢިމާރާތުގައެވެ. އެއްދުވަސް ވަރެއްގައި މަކުތަބުލް މުނީރުގެ ނަމުގައިވެސް އެ ޢިމާރާތުގައި ކިޔަވައި ދެމުން ގޮސްފައި ވެއެވެ. 

މިއަތޮޅު އަތޮޅު ތަޢުލީމީމަރުކަޒު ހުންނަނީ މިރަށުގައެވެ. ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފެށިފައިވަނީ 20 ފެބްރުއަރީ 1986 ން ފެށިގެންނެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ. 

ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998 ވަނަ އަހަރު ގްރޭޑް 10 ށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ.  2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ. 

ނިލަންދޫގައި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޕްރީސްކޫލެއް ހިންގަމުން ގެންދެއެވެ. ނިލަންދޫގެ ރކ. ކޮމިޓީންވެސް މި ޕްރީސްކޫލް ހިންގުމަށް ބޮޑެތި ޚަރަދުތައް ކުރަމުން ދެއެވެ. ޕްރީސްކޫލް މިހާރު ހިންގަނީ ރައްޔަތުންގެ ޢިމާރާތެއްގައެވެ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނިލަންދޫ ރ.ކ ކޮމިޓީން ޚަރަދުކޮށްގެން ނިލަންދޫގައި އަލަށް ޢިމާރާތްކުރި ޕްރީސްކޫލުގެ މަސައްކަތްނިމި 2008 ވަނަ އަހަރު އެ ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށޭނެއެވެ.

ނިލަންދޫގައި ހުންނަ ފ.އަތޮޅު ތައުލީމީ މަރުކަޒަކީ 1986 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވުނު ތަނެކެވެ. މިތަން ހުޅުވައިދެއްވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. ސާނަވީ ތަޢުލީމް މިމަރުކަޒުގައި ތަޢާރަފް ކުރެވުނީ 1996 ވަނަ އަހަރު އެވެ. ޖީސީ އޯލެވެލް އިމްތިޙާނުގައި ފުރަތަމަ ފަހަރަށް މިމަރުކަޒުގެ ފަރާތުން ބައިވެރިވެފައިވަނީ 1998 ވަނަ އަހަރުއެވެ. އެފަހަރު 7 ދަރިވަރަކު އެއިމްތިހާނުގައި އިށީދެފައި ވެއެވެ.

ސާނަވީ ތަޢުލީމް ފެށިގެން އައީ ކޮމާރސް ސްޓްރީމުން ކަމަށް ވިޔަސް އޭގެ ފަހުން ސައިންސް ސްޓްރީމް 2000 ވަނަ އަހަރުގައި ތަޢާރަފް ކުރެވިފައި ވެއެވެ. މިމަރުކަޒުން މިހާރު ލިބެން ހުރި ޚިދުމަތްތަތަކަށް ބަލާއިރު، ލައިބްރަރީ، ޓީޗިންގ ރިސޯސް ސެންޓަރު، ސައިންސް ލެބް، އަދި ކޮމްޕިއުޓަރު ލެބްގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ. 

ޢަބުދުﷲ އިސްމާޢީލްގެ ހަދާނީ ލައިބްރަރީ އަކީ ދިވެހިރާއްޖެ ދުށް މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަބުދުﷲ އިސްމާޢީލް ނުވަތަ ތުއްތު ގެ ހަދާނުގައި ބިނާކުރެވިފައިވާ ތަނެކެވެ. މިތަންކުރިން ހުރީ ފ. މަގޫދޫގައެވެ. ނިލަންދޫ އަށް މިތަން ބަދަލުކުރެވުނީ 1999 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ސަރުކާރުން ފ.އަތޮޅުގެ ވެރިކަން މަގޫދޫ އިން ނިލަންދޫ އަށް ބަދަލުކުރުމާއި ގުޅިގެންނެވެ. ތަފާތު ދާއިރާގެ ފޮތްތައް މިލައިބްރަރީ އިން ލިބެން ހުރެއެވެ. ރަށުގެ ޢާންމުންނާއި ސުކޫލް ކުދިންނަށް މިތަނުން ފޮތް ގެންގޮސްގެން ކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ. 

ފ.ނިލަންދޫ ޕްރީ ސުކޫލް އަކީ މީގެ އަހަރުތަކެއް ކުރިންސުރެ ހިންގަމުން އަންނަ ތަނެކެވެ. މިއީ ނިލަންދޫ އަންހެނުނގެ ކުރިއަރުވާ ކޮމިޓީ އިން އިސްނަގައިގެން ހިންގަމުން އަންނަ ތަނެކެވެ. ޕްރީ ސުކޫލްގެ ޢާއިމާރާތް މިހާރު ހުރީ ނިމެން ކައިރިވެފައެވެ. އަންނަ އަހަރު ކުރީކޮޅު މިތަނުގައި ކިޔަވާން ދޭން ފަށާނެ އެވެ. މިހާރު ޕްރީ ސުކޫލްގެ ގޮތުގައި ބޭނުންކުރަނީ ކުރިން އަންހެނުންގެ މިސްކިތުގެ ގޮތުގައި ބޭނުންކުރި ތަނެވެ. މިތަނުގައި ކިޔަވައި ދިނުމަށް 4 ޕްރީ ސުކޫލް ޓީޗަރުން މަސައްކަތް ކުރައްވައެވެ. 

ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗިންގ ރިސޯސް ސެންޓަރެއް ގާއިމް ކުރެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖެ ތެރޭގެ ސުކޫލެއްގައި ހެދުނު ފުރަތަމަ ޓީޗިންގ ރިސޯސް ސެންޓަރު އެވެ. ޔުނިސެފުން ހަދައިދިން މިސެންޓަރުގައި އިންޓަރނެޓްގެ ޚިދުމަތް 24 ގަޑީއިރު ޓީޗަރުންނާއި ދަރިވަރުންނަށް ލިބެން ހުރެއެވެ. އަދި ސްމާޓް ބޯޑާޢި އެހެނިހެން ކިޔަވާ ދިނުމުގެ ވަޞީލަތްތައް ބޭނުން ކުރެވެން ހުރެއެވެ. 

ތަފާތު 5 ޓިއުޝަން ކްލާހާއި، ގުރުއާން ކްލާސްތައް ނިލަންދޫގައި ހިންގައެވެ. ގްރޭޑް 9 އަކާއި ހަމައަށް ޓިއުޝަން ކްލާސްތަކުން ޓިއުޝަން ދެއެވެ. ގުރުއާން ކްލާސްތަކުގައި އަކުރު ދަސްކޮށްދޭ ހިސާބުން ފެށިގެން ގޮސް ޚަތިމްކޮށް ނިމެންދެން ގުރުއާން ކިޔަވައިދިނުމުގެ ޚިދުމަތް ދެއެވެ.

ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ  1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށުނެވެ. 

ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ޞިއްޙީމަރުކަޒު ބިނާކޮށްފައިވަނީ ކުރިން ރައްޔިތުންގެ ކާޑުގެ ހުރިތަނުގައެވެ. މިދެންނެވި ތަނުގައި ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒަކީ މިހާރު ނިލަންދޫ އޮފީސް ހިންގާ ނިލަންދޫ އަންހެނުންގެ މަރުކަޒު ޢިމާރާތެވެ. 

ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު 1998 ވަނަ އަހަރު ސަރުކާރުން ހިންގަވާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައި ބޭނުންވާ މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ.  ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16 ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ. 

މިހާރު އަތޮޅު ހޮސްޕިޓަލުން ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލުގައި ލެބޯރޓްރީގެ ޚިދުމަތާއި، ލޭއަޅާދިނުމާއި، އެކްސްރޭގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތް އަދި ކުދި ބައެއް އޮޕަރޭޝަންތައް ކުރެވެން މިހާރު ހުރެއެވެ.

 
ނިލަންދޫގައި ޞިއްޙީ ޚިދުމަތް ފުރަތަމަ ތަޢާރަފްކުރެވުނީ ނިލަންދޫ ޞިއްޙީ މަރުކަޒުގެ ނަމުގައި ގާތްގަނޑަކަށް 1996 ހިސާބު ރައްޔިތުންގެ ޚަރަދުގައި ޑޮކްޓަރެއް ގެނެސް ޞިއްޙީ ޚިދުމަތް ދޭން ފެށުމުންނެވެ. އޭގެ ކުރިން ޞިއްޙީ ޚިދުމަތް ދެމުން ގެންދިޔައީ ރަށުގައި ތިބޭ ޢާއިލާގެ 2 ޞިއްޙީ އެހީތެރިންނެވެ. ފުރަތަމަ ޞިއްޙީ މަރުކަޒުގެ ގޮތުގައި ބޭނުންކޮށްފައިވަނީ މިހާރުގެ ނިލަންދޫ އޮފީސްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތެވެ. 

ރައްޔިތުން ހިންގަމުން ދިޔަ ނިލަންދޫ ޞިއްޙީ މަރުކަޒު ސަރުކާރުގެ ތަނަކަށް ބަދަލުވެގެން ދިޔައީ 1999 ވަނަ އަހަރުގެ ކުރީކޮޅު ފ.އަތޮޅުގެ ވެރިކަން މަގޫދޫ އިން ނިލަންދޫ އަށް ބަދަލުކުރުމާއި ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން މިމަރުކަޒުގެ ނަން ފ.އަތޮޅު ޞިއްޙީ މަރުކަޒަށް ބަދަލުވެގެން ދިޔައެވެ. އަތޮޅު ޞިއްޙީ މަރުކަޒަށް ބަދަލު ވުމަށްފަހު އަބަދުވެސް އެއް ޑަކްޓަރަކު މަސައްކަތްކުރައްވާ ކަން ފާހަގަ ކުރެވެއެވެ. ފ.އަތޮޅު ޞިއްޙީ މަރުކަޒު ފުރަތަމަ ހިންގާފައިވަނީ ވެސް މިހާރު ހުރި ހޮސްޕިޓަލް ހިންގަމުންދާ ޢިމާރާތުގައެވެ. 

ފ.އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކޮށް ރަސްމީ ގޮތުން ހުޅުވާފައިވަނީ 16 ޑިސެމްބަރު 2006 ގައި މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމް އެވެ. މިހާރު  ފ.އަތޮޅު ހޮސްޕިޓަލުން ދެވޭ  ޚިދުމަތްތަކުގެ ތެރޭގައި ބަލިމީހުން ބެލުން، ބޭސް އަޅައިދިނުން، އެދުމަތިކޮށްގެން ފަރުވާ ދިނުން، ބައެއް ކަހަލަ ލެބޯޓަރީ ޓެސްޓްތައް ކުރުން، އެކްސްރޭ ނަގައިދިނުން ކުދިކުދި އޮޕަރޭޝަންތައް ކުރުން، މާބަނޑު މީހުން ގަވާޢިދުން ބަލައި  ޗެކްކުރުން، ވެކްސިން ޕްރޮގްރާމް ހިންގުން،ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް  ޕްރޮގްރާމްތައް ރާވައި ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. އަމިއްލަ  2 ބޭސް ފިހާރަ ނިލަންދޫގައި ހިންގައެވެ. 2007ވަނަ އަހަރު އޮގަސްޓްމަހުގެ މައުލޫމާތު ތަކަށް ބަލާއިރު ފ.އަތޮޅު ހޮސްޕިޓަލްގައި 2 ހައުސް އޮފިސަރުން، އަންހެނުންގެ ބަލިތަކުގެ ޑަކްޓަރެއް އަދި ހޭނައްތާ ބަލިތަކުގެ ޑަކްޓަރެއް، މަސައްކަތް ކުރެއްވަމުން ދިޔައެވެ. 

 
ފ.ނިލަންދޫގައި ހުންނަ އަމިއްލަ ބޭސް ފިހާރަ މެޑިސިން ޒޯން4 ފުރަތަމަ ހިންގާފައިވަނީ ނިލަންދޫ ޞިއްހީ މަރުކަޒު ހުރި އިމާރާތުގައެވެ. އެއަށްފަހު ފ.އަތޮޅު ޞިއްޙީ މަރުކަޒު ހެދުމާއި ގުޅިގެން ބޭސް ފިހާރަ ވެސް ވަކި އިމާރާތަކަށް ބަދަލު ކުރެވުނެވެ. އެގޮތުން މެޑިސިން ޒޯން4 ހިންގަނީ ނިލަންދޫ ރައްޔިތުންގެ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ. މެޑިސިން ޒޯން4 ހިންގަމުންދަނިކޮށް ބަގީޗާ ފާރމަސީގެ ނަމުގައި ފާރމަސީއެއް ހުޅުވާފައި ވެއެވެ. ނަމަވެސް މިތަން ވަނީ 2007 ވަނަ އަހަރުގެ ކުރީކޮޅު ބަންދުކޮށްފައެވެ.

ނިލަންދޫގައި ދިވެހި ބޭސްވެރިކަމުގެ ޚިދުމަތް ދެއްވާ ފަރާތެއް މިހާރު ވެސް ހުރެއެވެ. އެއީ ފ.ނިލަންދޫ އޯކިޑްވިލާ އަހުމަދު ޢަލީ އެވެ. ތަފާތު ވައްތަރުގެ ދިވެހި ބޭހުގެ ފަރުވާ އަހުމަދު ޢަލީ ދެއްވައެވެ.

ނިލަންދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ނިލަންދޫގެ އަމިއްލަ 02 ފަރާތަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ފަހުން ހަވީރު 6:00 ން ހެދުނު 6:00 އަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައެވެ. ރަށުގެ ޢާއްމު ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ ކަރަންޓު ބޭނުންކުރާ މީހުންގެ ޢަދަދާއި ތަކެތީގެ ޢަދަދު އިތުރުވުމުން ކަރަންޓް ދޫކުރަމުން ގެންދިޔަ 02 ފަރާތަށް އެކަށިގެންވާ ގޮތަކަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ފެށިއެވެ. 

ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ރައްޔިތުން ރޮދަށް ގޮސްގެންނާއި، އުފަންބޮލުން މީސްމީހުންގެ އަތުން ފައިސާ ނަގައިގެންނާއި،އެނޫންވެސް ގޮތްގޮތުން ރައްޔިތުން މަސައްކަތްކޮށްގެން 23.5 ކިލޯވޯޓުގެ 02 ޖަނަރޭޓަރު ގެނެސް 13 ޖޫން 1995 ގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ދޭންފެށީ ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޖަނަރޭޓަރު ގެއިން ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. މި އިންޖީނުގެ ހުޅުވައިދެއްވީ 30 އޭޕްރީލް 1996 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. 

ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އިތުރު ޖަނަރޭޓަރު ސެޓްތައް ގެނެސް 22 ޖޫން 1999 ގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން އޭ.ޑީ.ބީ ލޯނު ޕްރޮޖެކްޓެގެ ދަށުން އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 16 މާރޗް 2007 ގައެވެ.

 
ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ހެދުމުގެ ކުރިން ނިލަންދޫ އަށް ކަރަންޓް ފޯރުކޮށްދިނީ އަމިއްލަ ދެފަރާތަކުންނެވެ. އެއީ ސޯސަންވިލާ ޢަބުދުއްރައްޒާގު މުޙައްމަދު ސޯސަންވިލާގައި ހިންގި އިންޖީނުގެ އިންނާއި، ބަގީޗާގެ މޫސާ އަހުމަދު ބަގީޗާގޭގައި ހިންގެވި އިންޖީނުގެ އިންނެވެ. އޭރު ރަށުގެ މަގުތަކުގައި ހޮޅިބުރި ޖަހައިގެން އަލިކޮށްފައެއް ނުވެއެވެ. 

 
ނިލަންދޫ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މީގެ އަހަރުތަކެއް ކުރިން ފެށިގެން އަންނަނީ ލިބެމުންނެވެ. ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހިންގާ އިންޖީނުގެ އިން މުޅި ރަށަށް ބޭނުންވާ ކަރަންޓްގެ ޚިދުމަތް ދިޔައީ ފޯރުކޮށްދެމުންނެވެ. ނިލަންދޫ ރައްޔިތުންގެ ބާއިންޖީނުގެ ހުންނަނީ ފ.އަތޮޅު އޮފީސް އިމާރާތާއި ވިދިގެން ވެޔޮދޮށު މައިޒާން ގައެވެ. މިއިންޖީނުގެއިން ދެވޭ ކަރަންޓްގެ އެހީގައި މުޅި ރަށުގެ ހުރިހާ މަގެއްގައި 100 ފޫޓް ދުރުމިނުގައި ހޮޅި ޖަހައި މަގުތައް އަލިކުރެވިފައި ވެއެވެ. މީގެ އިތުރުން މީހުން އުޅޭ ހިސާބު ވަށައިގެންވާ ހޭޅިފަށުގައިވެސް ހޮޅިދަނޑި ހަރުކުރެވިފައި ވެއެވެ.

 
ނިލަންދޫ ރައްޔިތުންގެ އާ އިންޖީނުގެ ވަނީ ދާދި ފަހުން ހުޅުވިފައެވެ. އަދި 200 ކިލޯ ވޯޓްގެ ބޮޑު އިންޖީނެއް ދާދި ފަހުން ވަނީ ބެހެއްޓިފައެވެ. މިއިންޖީނުގެ ހުންނަނީ ނިލަންދޫ ހުޅަގުކޮޅު ބަދަރުގައެވެ. މުދާ ބާލާ ޖެޓީ ކައިރީގައި ބިނާކުރެވިފައިވާ މިއިންޖީނުގޭގެ ކަންތައްތައް ބަލަހައްޓައި ހަދަނީ ނިލަންދޫ ރައްޔިތުންގެ އޮފީހުންނެވެ. އާއިންޖީނުގެ އަށް ކަރަންޓް ބަދަލުކޮށް އަލަށް ފޮށީތައް ބަހައްޓައި ކޭބަލްތައް ވަޅުލުމާއި އެހެނިހެން މަސައްކަތްތައް ނިލަންދޫ ރައްޔިތުންގެ ޚަރަދުގައި ކޮށްދީފައިވަނީ އެސްޓިމޭޓް އުސޫލުން ނަމީރާ ކުންފުނިންނެވެ.

ނިލަންދޫ ގައި އޮންނަ އާސާރީ ސަރަހައްދަކީ ދިވެހި ރާއްޖޭގައި ތާރީޚީ ގޮތުން ބަލާއިރު ވަރަށް ފާހަގަ ކޮށްލެވޭ ތަނެކެވެ. އެސަރަހައްދުގައި ހުރި ނިލަންދޫ އާސާރީ މިސްކިތަކީ ދިވެހި ރާއްޖެ އިސްލާމްވުމަށްފަހު އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިސަރަހައްދުގައިވާ އާސާރީ ތަންތަނަކީ މީލާދީ ސަނަތުގެ 6 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ތަންތަންކަން ސައިންޓިފިކް ހޯދުންތަކުން އެގެއެވެ.

 
ނިލަންދޫ އާސާރީ ސަރަހައްދުގައި ހުންނަ އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީކްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭގޮތުގައި މިިމިސްކިތަކީ ދިވެހި ރާއްޖެ އިސްލާމް ކުރެއްވި އިރު ހުންނެވި ރަދުން އައްސުލްތާން މުޙައްމަދު ބިން ޢަބުދުﷲ ބިނާކުރެއްވި 3 މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ މިސްކިތެވެ. ކުރިން ނިލަންދޫ އާސާރީ މިސްކިތުގައި ކުރިން ހުކުރު ކޮށްފައި ވެއެވެ.

 
ފޯމަތި މިނަން ކިޔަނީ ނިލަންދޫ އާސާރީ ސަރަހައްދުގައި އޮންނަ އުސް ފަސް ގަނޑަކަށެވެ. ކުރިން އުސްމިނުގައި 30 ފޫޓް ހުރި މިފަސް ގަނޑުން ފަސް ނެގުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. މިހާރު މިފަސްގަނޑުގެ އުސްމިނުގައި ހުރީ ގާތްގަނޑަށް 10 ފޫޓް ވަރުކަމަށް ބުނެއެވެ. 

 
ނިލަންދޫ އާސާރީ މިސްކިތުގެ ގޯތީގެ ތެރޭގައި ހުންނަ ބޮޑު ފެންވަޅަކީ ނިލަންދޫ ރައްޔިތުން މިހާރު ވެސް ބުއިމަށް ބޭނުންކުރާ ފެން ގެންދާ ވަޅެކެވެ. އެންމެ ކުރީ ޒަމާނުގައި ރައްޔިތުން މުޅިންވެސް ބޭނުންކުރަނީ މިވަޅު ކަމަށް ވެއެވެ.

ނިލަންދޫ އާސާރީ ސަރަހައްދުގައިވާ އާސާރީ މިސްކިތުގެ ކުރިމަތިން ބިމުގެ އަޑީގައި މިވެޔޮ ވެއެވެ. މިވެޔޮ ވަނީ ފަސް އަޅައި ބައްދައި ލައިފައެވެ. 1984 ގައި ނޯރވޭގެ އާކިއޮލޮޖިސްޓް ތޯހާ ދާލް ވަނ މިވެޔޮ ކޮނެ ދިރާސާތަކެއް ކޮށްފައެވެ. މުސްތަގުބަލްގައި މިވެޔޮކޮނެ ފެންނަގޮތަށް ހަދައިފިނަމަ ފަތުރުވެރިންނަށް ޚާއްޞަ މަންޒިލަކަށް ނުވަތަ ސައިޓަކަށް މިތަން ހެދިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޑޭލައިޓް ކްލަބަކީ ނިލަންދޫގައި އެންމެ ދުވަސްވީ ކްލަބް ނުވަތަ ޖަމްޢިއްޔާ އެވެ. މީގެ އެތައް އަހަރެއް ކުރިން އުފެދުނު މިޖަމްއިއްޔާގެ އިދާރާ ހުންނަނީ ފ.ނިލަންދޫ ދަނބުގޭގައެވެ. މިޖަމްޢިއްޔާއިން ރަށުގެ ތަރައްގީ އަށް ތަފާތު ޚިދުމަތްތައް ކޮށްދީ އަދި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރި ވެފައި ވެއެވެ. ނިލަންދޫގައި ބިނާކުރެވިފައިވާ މަސްޖިދުއް ސަލާމް އަކީ ޑޭލައިޓް ކްލަބްގެ ވަރަށް ބޮޑު އެހީއާއެކު ބިނާކުރެވިފައިވާ ތަނެއްކަން ފާހަގަ ކުރެވެއެވެ. 

ފ.އ.ތ.މ އިސްދަރިވަރުންގެ ޖަމްއިއްޔާ އަކީ ފ.އަތޮޅު ތަޢުލީމީ މަރުކަޒު ނިންމާ ދަރިވަރުންގެ ތެރެއިން ޖަމްއިއްޔާގައި ބައިވެރިވާން ބޭނުން މީހުންނަށް ވަނުމުގެ ފުރުޞަތު އޮންނަ ޖަމްޢިއްޔާ އެކެވެ. މިޖަމްޢިއްޔާ އުފެދިފައިވަނީ 1990 ގެ އަހަރު ތަކުގެ ކުރީކޮޅުގައެވެ. މިއީވެސް ތަފާތު ތަރައްގީގެ ހަރަކާތްތަކުގައި ބައިވެރިވާ ޖަމްއިއްޔާއެއްކަން ފާހަގަ ކުރެވެއެވެ. 

 
ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ އަކީ 2006 ވަނަ އަހަރުގައި އުފެދިފައިވާ ޖަމްއިއްޔާ އެކެވެ. އުމުރުން ހަގު މިޖަމްއިއްޔާއަކީ އިލްމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކެއް ހިމެނޭ ޖަމްއިއްޔާ އެކެވެ. ތަފާތު ކުޅިވަރު މުބާރާތްތައް ރާވައި ހިންގުމުގެ މިޖަމްޢިއްޔާ ދަނީ ހަރަކާތްތެރި ވަމުންނެވެ.

ޑިވެލޮޕްމަންޓް އެންޑް ވެލްފެއަރ އެސޯސިއޭޝަން އޮފް ނިލަންދޫ ޑޯން ގެ ނަމުގައި މާލޭގައި އުޅޭ ނިލަންދޫ ރައްޔިތުން ޖަމްޢިއްޔާއެއް ރަޖިސްޓްރީ 23 އޮގަސްޓް 2007 ގައެވެ. މިޖަމްޢިއްޔާގައި މިހާރު 100 އަށްވުރެ ގިނަ މެންބަރުން ތިބިކަމަށް ވެއެވެ. މިއީ ރަށުގެ ތަރައްގީއަށްޓަކައި ތަފާތު ހަރަކާތްތައް ހިންގުމަށް މާލޭގައި އުޅޭ ނިލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެގެން އުފެއްދި ޖަމްޢިއްޔާއެކެވެ.

ފ.އަތޮޅު އޮފީސް ނިލަންދޫއަށް ސަރުކާރުން ބަދަލު ކުރައްވާފައިވަނީ 18 ޖެނުއަރީ 1999 ގައެވެ. އޭގެ ކުރިން އަތޮޅުއޮފީސް ހިނގަމުން ދިޔައީ މިއަތޮޅު މަގޫދޫގައެވެ. މިހާތަނަށް މިއަތޮޅުގައި 35 ބޭފުޅުން އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ. އެންމެ ފުރަތަމަ މިއަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާކަން އެނގިފައިވަނީ  1904 ވަނަ އަހަރު މާފަތްގޭ އަލްމަރުޙޫމް ޙަސަންމަނިކެވެ. 

ފ.އަތޮޅު ތަޢުލީމީ މަރުކަޒަކީ 1986 ވަނަ އަހަރު ހުޅުވުނު ސުކޫލް އެކެވެ.ފ.އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފެށިފައިވަނީ 20 ފެބްރުއަރީ 1986 ން ފެށިގެންނެވެ.ފ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވައިދެއްވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ. 

ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998 ވަނަ އަހަރު ގްރޭޑް 10 ށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ.  2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ. 

ސާނަވީ ތަޢުލީމް ފެށިގެން އައީ ކޮމާރސް ސްޓްރީމުން ކަމަށް ވިޔަސް އޭގެ ފަހުން ސައިންސް ސްޓްރީމް 2000 ވަނަ އަހަރުގައި ތަޢާރަފް ކުރެވިފައި ވެއެވެ. މިމަރުކަޒުން މިހާރު ލިބެން ހުރި ޚިދުމަތްތަތަކަށް ބަލާއިރު، ލައިބްރަރީ، ޓީޗިންގ ރިސޯސް ސެންޓަރު، ސައިންސް ލެބް، އަދި ކޮމްޕިއުޓަރު ލެބްގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ. ސާނަވީ ތައުލީމު ފެށުނުތާ 11 އަހަރު ފަހުން 2008 ވަނަ އަހަރު މިމަރުކަޒުގައި މަތީ ސާނަވީ އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

މިއަތޮޅު އަތޮޅު އޮފީސް 18 ޖެނުއަރީ 1999 ގައި ނިލަންދުއަށް ބަދަލުކުރެއްވުމާއި ގުޅިގެން ނިލަންދޫ އޮފީސް ހިނގަމުން ދިޔަ ޢިމާރާތަށް އަތޮޅު އޮފީސް ބަދަލުކުރުމުން އެ ތާރީޚުން ފެށިގެން 30 ނޮވެމްބަރ 2000 އަށް ނިލަންދޫ އޮފީސް ހިންގާފައިވަނީ ނިލަންދޫ ބީޗްހައުސް ގައެވެ. ނިލަންދޫގައި އަލަށް ޢިމާރާތްކުރި ނިލަންދޫ ކޯޓުގެ މަސައްކަތްނިމި އެ ޢިމާރާތަށް ކޯޓުގެ މަސައްކަތް ބަދަލުކުރުމާ ހަމައަށް ނިލަންދޫ ކޯޓުވެސް ހިންގާފައިވަނީ ބީޗްހައުސް  ގައެވެ. 01 ޑިސެމްބަރ 2000 ން ފެށިގެން ނިލަންދޫ އޮފީސް ހިންގަމުންދަނީ ނިލަންދޫ އަންހެނުންގެ މަރުކަޒުގައެވެ ނިލަންދޫ އަންހެނުންގެ މަރުކަޒަކީ ނިލަންދޫ ރައްޔިތުން ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ އެހީއާއި އެކު ނިލަންދޫ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ޢިމާރާތެކެވެ.




#Article 100: ޖީޒާގެ ޕިރަމިޑް (658 words)


މިޞްރުގެ ވެރިރަށް ގާހިރާގެ ހުޅަގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑު 3 ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުން ފެންނަން ހުރި ހަމައެކަނި އަޖައިބު ކަމުގައިވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ ޚޫފޫ ޕިރަމިޑް އެވެ. މިޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ ޚަފްރީ އަދި މެންކޫރީގެ ނަމުން ނަންދެވިފައިވާ ޕިރަމިޑް ތަކެވެ.

ޕިރަމިޑްތައް ހުރި ހިސާބަކީ ގަދީމީ ޖީޒާގެ ރަށްފުށުން 8 ކިލޯ މީޓަރު ބޭރު އެވެ. ގާހިރާ ގެ ސިޓީ ސެންޓަރ ނުވަތަ ވުސްތުލް ބަލަދު އޭ ކިޔޭ ހިސާބުން ޕިރަމިޑް ތައް ހުންނަ ހިސާބާއި ދެމެދު 25 ކިލޯ މީޓަރު ހުރެއެވެ.

ޚަފްރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ދެކުނުން 100 އެއްހާ މީޓަރު ދުރުގައެވެ. އުސްމިނުގައި 460 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 709 ފޫޓް ހުރެއެވެ. ކޮންމެ ޕިރަމިޑެއްގެ ހިލަތަކުގެ ބޭރުން އޮމާން ކުރުމަށްޓަކައި ފަށަލައެއް ލެވިފައި ވެއެވެ. މިޕިރަމިޑްގައި ލެވިފައިވާ މިބުނި ފަށަލައިގެ ނުފައިބައި ހުރި ބައިތައް ޕިރަމިޑްގެ އެންމެ އުސްހިސާބު ނުވަތަ މަތިން ފެންނަން އެބަހުއްޓެވެ.

މެންކޫރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ހުޅަގު ދެކުނަށެވެ. އުސްމިނުގައި 230 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 354ފޫޓް ހުރެއެވެ.ބޮޑު 3 ޕިރަމިޑްގެ އިތުރުން ކުދިކުދި ޕިރަމިޑްތައް ވެސް މަރުގެ ރަށް މިނަމުން ނަންދީފައިވާ މިހިސާބުގައި ވެއެވެ. ފޮޓޯތަކުން ބައެއް ފަހަރު ޚަފްރީ ޕިރަމިޑް ޚޫފޫ ޕިރަމިޑަށްވުރެ އުސްކަމަށް ދައްކައިފާނެއެވެ. އެއީ ޚަފްރީ ބިނާކޮށްފައި ހުރީ ޚޫފޫ ޕިރަމިޑަށްވުރެ އުސް ހިސާބެއްގައި ކަމަށްވާތީ އެވެ.

ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޚޫފޫ ރަސްގެފާނު އެވެ. އެއީ އޭނާ އަވަހާރަވުމުން ފަސްދާނުލާނެ ތަނެއްގެ ގޮތުގައެވެ. މިޕިރަމިޑް ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 2560 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. އެއްކޮށް ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 2580 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. ބައެއް ލިޔުން ތަކުގައި ޢީސާގެ ފާނުގެ ކުރިން 2600-2500 އަހަރާއި ދެމެދުގައި ކަމަށް ބުނެފައި ވެއެވެ. 

ފުރަތަމަ ޕިރަމިޑް ބިނާކުރުމުގެ ޚިޔާލު ކުރެވުނީ އައްޓެއް ނުވަތަ ސްޓޭޖެއް ބިނާކޮށް އޭގެ މަތި ނިވާކުރެވޭގޮތަށް ހެދުމަށެވެ. އެއީ މިބުނި އަށި ނުވަތަ ސްޓޭޖްގެ މަތީގައި ރަސްގެފާނުގެ މަހާނަ ބެހެއްޓުމަށްފަހު އޭގެ މަތި ނިވާކޮށް ރައްކާކުރެވޭ ގޮތަށެވެ. 

ޚޫފޫ ޕިރަމިޑް ބިނާކުރުމަށް 20 އަހަރު ހޭދަވި ކަމުގައި ވެއެވެ. އަދި ބިނާކުރުމަށް ބޭނުންވާ ގާތައް އެހިސާބަށް ގެންދިއުމުގައި 10 ހާސް އަޅުން އުޅުނު ކަމުގައި ވެއެވެ. އަދި މަސައްކަތް ކުރާ ސަރަޙައްދުގައި 4 ހާސް މީހުން ހަރަކާތްތެރިވި ކަމުގައި ބުނެވެއެވެ. 

ޕިރަމިޑް ހެދުމަށްޓަކައި ފުރަތަމަ ހަތަރެސްކަން ހިލަގާތައް ޖަމާކޮށް ބެހެއްޓުނެވެ. އެއަށްފަހު މިގާތަކުގެ ވަށައިގެން އުވަ ފާނޑުގެ ވެލީގެ ފަށަލައެއް ދުއްވުނެވެ. ނަމަވެސް މިފަށަލަވަނީ ޒަމާންތަކާއި އެކު ނެއްޓި މުޅިން ވަކިވެގެން ގޮސްފައެވެ. ޕިރަމިޑް ހެދުމަށް އޭގައި ފެންނަށް ހުރި ގާތައް އެކަތި އަނެކައްޗާއި ގުޅި ހިފެހެއްޓޭގޮތަށް ބެހެއްޓިފައިވަނީ ކިހިނެއްކަން އަދި ހޯދިފައެއް ނުވެއެވެ. މިހާރު ވެސް މިކަމާއި ބެހޭ އިތުރު ދިރާސާތައް ތާރީޚީ އަދި ބިމުގެ ޢިލްމާއި ބެހޭ އަހުލުވެރިން ދަނީ ހަދަމުންނެވެ. ތާރީޚީ ބައެއް ބޮޑެތި ފޮތްތަކުގައި ޚޫފޫ ޕިރަމިޑްއަށް ފިރުޢައުނުގެ ފަރުބަދަ މިނަމުން މުޚާތަބު ކޮށްފައި ވެއެވެ. 

މިއަދު މިޞްރުގެ ޖީޒާގައި ހުރި ބޮޑު 3 ޕިރަމިޑާއި، އެހިސާބުގައިވާ ސްފިންކްސްގެ ނަންދީފައިވާ ބުދުވެފައިވަނީ ފަތުރުވެރިންގެ އެންމެ މުހިއްމު އެއް މަންޒިލް ކަމުގައެވެ.

ބަޔާންކުރެވުނު އާޘާރު ތަކުގެ އިތުރުން 1954 ވަނަ އަހަރު އެހިސާބު ކޮނުމުގެ ތެރޭގައި ފެނުނު ސަން ބޯޓް ވެސް ވަނީ ފަތުރުވެރިންނަށް ދައްކާލުމަށް ބޯޓެއްގެ ސިފައިގައި ގެއެއް ބިނާކޮށް އެގޭގެ ތެރޭގައި ބެހެއްޓިފައެވެ. ބުނެވޭގޮތުގައި މިއީ ޚޫފޫ ރަސްގެފާނު އަވަހާރަވުމުން ފަސްދާނު ލުމަށްޓަކައި ޕިރަމިޑާއި ހަމައަށް ގެނެވުނު ބޯޓް ވެސް މެއެވެ. އަދި ޚޫފޫ ރަސްގެފާނުގެ ވެރިކަމުގެ ފަހުކޮޅު ކޯރުގެ ތެރޭގައި ދަތުރުކުރެއްވީ މިބޯޓުން ކަމުގައި ވެއެވެ. މަރުގެ ރަށުން ނަންދީފައިވާ މިހިސާބުގައި ޖުމްލަ އެކު 10 ޕިރަމިޑް ހުންނަ ކަމަށް ބުނެވެއެވެ.

ބޮޑު ޕިރަމިޑް ފުރަތަމަ ބިނާކުރެވުނު އިރު އޭގެ އުސްމިނުގައި 481 ފޫޓް ހުރިއެވެ. ނަމަވެސް ޒަމާންތަކާއި  އެކު އޭގެ ކުރީކޮޅުން ވަނީ 30 ފޫޓް ވަރު ގިރި ފައިބައި ނުވަތަ ނެއްޓިގެން ގޮސްފައެވެ. 19 ވަނަ ގަރުނާއި ޖެހެންދެން ދުނިޔޭގެ އެންމެ އުސްތަނެއްގެ ގޮތުގައި ގައިވެސް މި ޕިރަމިޑް ބެލެވިފައި ވެއެވެ. ބައެއް ލިޔުން ތަކުގައި 1889 ވަނަ އަހަރު ފްރާންސްގެ އެއިފެލް ޓަވަރު ބިނާކުރުމާއި ހަމައަށް ދުނިޔޭގައިހުރި އެންމެ އުސްތަނަކީ މިޕިރަމިޑް ކަމުގައި ލިޔެފައި ވެއެވެ. އެހެންކަމުން 4400 އަހަރު ވަންދެން ދުނިޔޭގައި ހުރި އެންމެ އުސްތަނުގެ ގޮތުގައި މިޕިރަމިޑްވަނީ ވެފައެވެ. މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 756 ފޫޓް ހުރެއެވެ. 

ބޮޑު ޕިރަމިޑް ބިނާކުރުމަށް ގާތްގަނޑަކަށް 2300000 ހަތަރެސްކަން ހިލަގާ ނުވަތަ ބްލޮކް ބޭނުންކުރެވިފައި ވެއެވެ. އަދި މިއިން ކޮންމެ ގަލެއްގެ ބަރުދަނުގައި ދޭއް ބައި ޓަން ހުންނަ ކަމަށް ވެއެވެ. އަދި ކޮންމެ ގަލެއް އުފުލުމަށް 112 މީހުން ބޭނުންވާ ކަމަށް ވެއެވެ. ޖީޒާގައިވާ ބޮޑު 3 ޕިރަމިޑް ބިނާކުރުމަށް 5 މިލިއަނަށްވުރެ ގިނަ ހިލަގާ ބޭނުންކޮށްފައިވާ ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. ޕިރަމިޑް ބިނާކުރުމަށް ހިލަތައް މިޞްރުގެ މުގައްތަމް ފަރުބަދައާއި މިނޫން ބައެއް ހިސާބުތަކުން ގެންދެވުނު ކަމަށް ވެއެވެ. 

ބޮޑު ޕިރަމިޑްގެ އުތުރު ފަރާތުގައި ޕިރަމިޑްގެ މެދަށްވުރެ ތިރިން ދޮރެއް ލެވިފައި ވެއެވެ. މިދޮރުގެ ތެރެއިން ވަދެގެން ޕިރަމިޑްގެ އެތެރޭގައި ހޮހަޅަތަކެއްގެ ސިފަޔަށް ހެދިފައިވާ މަގުތައް ހުރަސްކޮށް ކޫފޫ ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ހިސާބަށް ވާޞިލް ވެވެއެވެ. ޚޫފޫ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައި އޮންނަނީ ޕިރަމިޑްގެ އެތެރެއިން އޭގެ މެދުގައެވެ. ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ތަނަށްކިޔަނީ ރަސްގެފާނުގެ ދާންކޮޅު މިހެންނެވެ. މިއީ 34 ފޫޓް ދިގު،17 ފޫޓް ފުޅާ 19 ފޫޓްގެ އުސްމިން ހުންނަ ތަނެކެވެ. މީގެ އިތުރުން މިޕިރަމިޑްގެ އެތެރޭގައި ރާނީގެ ދާންކޮޅު އަދި ގްރޭންޑް ގެލަރީއޭ ކިޔޭ ތަންތަން ހުރެއެވެ. ގްރޭންޑް ގެލަރީގެ ދިގުމިނުގައި 47 މީޓަރު އަދި އުސްމިނުގައި 8.5 މީޓަރު ހުރެއެވެ. 

ޚޫފޫ ރަސްގެފާނު ފަސްދާނު ލެވިފައިވަނީ ރަތް ގްރެނައިޓް އިން ތައްޔާރު ކުރެވިފައިވާ ސަންދޯކެއްގައެވެ. އަދި ސަންދޯން ބޭއްވިފައި އޮންނަ ތަނުގެ އެތެރޭގެ ފާރުތައް ވެސް ހުންނަނީ ރަތް ގްރެނައިޓްއިން ޖަރީކުރެވިފައެވެ.




#Article 101: މައިމީހާގެ ބަނޑުގައި ކުޑަ ދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއް؟ (900 words)


މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަނީ ކިިހިނެއް؟

ފިރިހެނާގެ ދަރިފަނި  އަންހެނާގެ ބިހުގައި މުޑުވައްވުމަށް ފަހު 7-5 ދުވަހުގެ ތެރޭގައި ރަހިމުގެ އެތެރޭ ކައިރިފަށުގައި މިބިސް ހަރުލައެވެ. މިގޮތަށް ހަރުލުމަށް އިންޕްލާންޓޭޝަން އޭ ކިޔައެވެ. މިބިސް އާދައިގެ ގޮތެއްގައި ހަރުލަނީ ރަހިމުގެ ފަހަތު ފާރު( Posterior wall)ގެ މަތީބައިގައި ފަންޑަސް އާއި، ކައިރީގައެވެ. އައަށްފަހު މުޑުވައް ވެފައިވާ ބިސް ރަހިމުގެ ތެރޭގައި މަޑުމަޑުން ބޮޑުވަމުން އާދެއެވެ. މިދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ ދަރިފުޅަށް ކިޔަނީ އެމްބްރިއޯ(Embryo)އެވެ. 
އިމްޕްލާންޓޭޝަން އަށް ފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސް(Placenta)، އަދި އަމްބިލައިކަލް ކޯޑް ނުވަތަ ފޫޅު (Umbilical cord)އުފެދެން ފަށައެވެ. މިއީ އަށަގަންނަމުން އަންނަ ކުޑަދަރިފުޅަށް ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިނުމުގެ މައިގަނޑު ވަސީލަތެވެ. ކުޑަކުއްޖާގެ ހަށިގަނޑު އޮންނަނީ ދިޔާތަކެތި އެކުލެވޭ ކޮތަޅެއްގެ ތެރޭގައި ރައްކާތެރިކުރެވިފައެވެ. މިކޮތަޅަށް އެމްނިއޮޓިކް ސެކް(Amniotic sac) ނުވަތަ ފެން ކޮތަޅުއޭ ކިޔައެވެ.
މިކޮތަޅުގައި ހުންނަ ދިޔަޔަށް އެމްނިއޯން ދިޔަ(Amniotic fluid)އޭ ކިޔައެވެ. މިކޮތަޅުގެ ބޭނުމަކީ ކުޑަދަރިފުޅު ޕްރެޝަރގެ ސަބަބުން އަރާ ލޮޅުންތަކުން ސަލާމަތްކުރުމެވެ. 
މިމަހުގެ ތެރޭގައި އެމްބްރިއޯ ވަށައިގެން 3ފަށަލަ އުފެދެއެވެ. އެންމެ ބޭރު ފަށަލަ ތެރޭގައި ހިމެނެނީ ސިކުނޑި(Brain)އާއި، ނާރު(Nerves)ތަކާއި، ކަންފަތް(Ear)، ލޯ(Eye)،އަދި ހަންގަނޑު(Skin)އެވެ. މެދުގައިވާ ފަށަލަ ތެރޭގައި ހިމެނެނީ ކަށި(Bones)ތަކާއި، މަސް(Muscles)ތަކާއި، ލޭހޮޅި(Blood vessel)ތަކާއި، ހިތް(Heart) އަދި ޖިންސީ ގުނަވަން (Genital organs)އެވެ. އެންމެ އަޑީގައިވާ ފަށަލަ ތެރޭގައި ހިމެނެނީ ބަނޑު(Stomach)،ފުއްޕާމޭ(Lung)، ކުޑަގޮހޮރު(Small intestine)، ފުރަމޭ(Liver)، އަދި ކުޑަކަމުދާ ނިޒާމް(Urinary tract)ގެ ބައިތަކެވެ. 
ދެެވަނަ މަސްނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 4/1އިންޗިއެވެ.
ނޯޓް: އަމްނިއޮޓިކް ސެކް= އަމާން ކޮތަޅު / އަމްނިއޮޓިކް ފުލުއިޑް=އަމާން ދިޔަ
މިނަންދެވުނީ ޕްރެޝަރގެ ސަބަބުން އަރާ ލޮޅުންތަކުން ކުޑަދަރިފުޅު އަމާންކޮށް ސަލާމަތްކޮށްދޭތީއެވެ.

ކުއްޖާ ހެދިބޮޑުވުމުގައި މިއީ ވަރަށް ނާޒުކު ދުވަސްވަރެކެވެ.އެހެނީ މިދުވަސްވަރު މައިމީހާ ބޭނުންކުރާ ބޭހެއްގެ ސަބަބުން ނުވަތަ މައިމީހާގެ ހަށިގަނޑަށް ހުށަހެޅޭ ވައިރަސްއެއްގެ ސަބަބުން ނުވަތަ މައިމީހާ ދިރިއުޅޭ މާހައުލަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެއްގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑު އުފަންވާއިރު އައިބުވުމަކީ ދިމާވެދާނެކަމެކެވެ.    
ދެވަނަ މަހުގެ ތެރޭގައި ކުއްޖާ އުފެދެމުން އަންނަ މިންވަރު އަވަސްވެގެން ދެއެވެ. މިމަސްނިމޭކޮޅު އުފެދެމުން އަންނަ ދަރިފުޅުގެ އަސާސީ ބައެއް ގުނަވަންތަކާއި، ނިޒާމްތައް އުފެދެން ފަށައެވެ. މީގެތެރޭގައި ސިކުނޑި(Brain)، ފުއްޕާމޭ(Lung)، ފުރަމޭ(Liver)،އަދި ބަނޑު(Stomach)ހިމެނެއެވެ. ލޮލުފިޔަ(Eye lids)އާއި، ކަންފަތުގެ އެތެރެބައި(Inner ear)އުފެދެއެވެ. ހަމަމިހެން ތަބިކައްޓާއި، ފައިގެ އިގިލިތައް، ކުޑަހުޅާއި،އަތުގެ އިގިލިތައް، އަދި ޖިންސީ ގުނަވަން އުފެދެން ފަށައެވެ. ކަށީގެ ފުރަތަމަ ސެލްތައް ފާޅުވާން ފަށައެވެ. 
ދެެވަނަ މަސްނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 1އިންޗިއެވެ. ބަރުދަނުގައި 1އައުންސް ވެސް ހަމަނުވެއެވެ. ދެވަނަ މަސް ނިމޭ ހިސާބުން ފެށިގެން އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ފީޓަސް (Fetus)އެވެ. ކުޑަކުއްޖެއްގެ ސިފަ ފީޓަސްގައި ޖެހެން ފަށައެވެ. ފިރިހެންކުއްޖެއް ކަމުގައި ވާނަމަ ފިރިހެން ހަށި(Penis) ފާޅުވާން ފަށައެވެ. 
ތިންވަަނަ މަސް

ތިންވަނަ މަހުގެ ތެރޭގައި އަތްފައިގެ އިގިލިތައް ރަގަޅަށް ފާޅުވާން ފަށައެވެ.އަދި އިގިލިތަކުގައި މަޑުނިޔަފަތި ތަކެއް ލެވެއެވެ. ފައިތިލައަށްވުރެ އަތްތިލަ އިތުރަށް ބޮޑުވެ، އަތް ފަޔަށްވުރެ ދިގުވެއެވެ. ހަށިގަނޑާއި، އަޅާބަލާއިރު ކުއްޖާގެ ބޯ ކުޑަތަންކޮޅެއް ބޮޑުވާނެއެވެ. ބޮލުގައި އިސްތަށި ފަޅަންފަށައެވެ. ހިރުގަނޑުގެ ދަށުގައި ދަތުގެބުޑު(Tooth buds) އުފެދެން ފަށައެވެ.
ހިތުގެ 4ބައި އުފެދި މިނިޓަކު 160-120 ދެމެދުގެ އަދަދަކަށް ވިންދުޖަހައެވެ.ގުރުދާ(Kidney) އުފެދި ކުޑަކަމުދާތަކެތި(Urine) މަސާނާ(Bladder)އަށް ފޮނުވަން ފަށައެވެ. އަމްބިލައިކަލް ކޯޑް( Umbilical cord) އުފެދި ފުރިހަމަވެއެވެ. މިދުވަސްވަރުގެ ތެރޭގައި ކުޑަގޮހޮރު ކުއްޖާގެ ހަށިގަނޑުން ބޭރުގައި(އަމްބިލައިކަލް ކޯޑްގައި) އުފެދެއެވެ. އެއީ މިދުވަސްވަރު ހަށިގަނޑުގެތެރެއަށް ކުޑަގޮހޮރު ފިޓުނުވާތީއެވެ. 
ތިންވަނަ މަސް ނިމޭ ހިސާބުގައި ބޮލާއި އަތްފައި ހަރަކާތްކުރުވަން ފަށައެވެ. އަގަހުޅުވާ ލައްޕަން ފަށައެވެ. މިހަރަކާތްތައް ކުޑަދަރިފުޅު ކުރަން ފެށިޔަސް މައިމީހާއަށް އެކަމުގެ އިހްސާސެއް ނުވާނެއެވެ. 
ތިންވަނަ މަސްނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 3 ނުވަތަ 4އިންޗިއެވެ. ބަރުދަނުގައި 1އައުންސް އަށްވުރެ އިތުރަށް ހުރެއެވެ. 

މިދުވަސްވަރު ކުޑަކުއްޖާގެ ހަންގަޑު ހުންނަނީ ސާފު،ފިޔާތޮށި ކުލައަށެވެ. ބުމަޔާއި، އެސްފިޔަތައް މިމަހުގެ ތެރޭގައި ފާޅުވާން ފަށައެވެ. ކުއްޖާގެ މޫނު ބޮޑުވަމުން އާދެއެވެ. ކުއްޖާގެ ބޮޑުމިނުގެ ( ސައިޒުގެ) ދެބައިކޮށްފައި އެއްބައި ހިއްޞާ ކުރަނީ ބޮލެވެ. ކަރު އާދަޔާޚިލާފަށް ދިގެވެ. 
ކުޑަކުއްޖާ ގުޑުން،ހެލިފެލި އުޅުން،ނިދުން، ހޭލުން، ދިރުވުން، ކުޑަކަމުދިއުން ފަދަ ކަންތައްތައް ކުރަންފަށައެވެ. މައިމީހާއަށް މިކަމުގެ ސަބަބުން ދަށްބަނޑުގެ ތިރިން ލުއި އިހްސާސެއް ކުރެވެއެވެ. މިއިހްސާސަށް ކްއިކްނިންގ Quickening) އޭ ކިޔައެވެ. މިއީ މައިމީހާއަށް ކުޑަކުއްޖާގެ ހަރަކާތް ފުރަތަމަ އިހްސާސް ކުރެވޭ ދުވަސްވަރެވެ. 
ހަތަރުވަނަ މަސް ނިމޭހިސާބު ކުއްޖާ10-8އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 6އައުންސް ހުރެއެވެ.

މިއީ ކުޑަދަރިފުޅު އާދަޔާޚިލާފަށް ބޮޑުވާ ދުވަސްވަރެވެ. އެތެރެހަށީގެ ގުނަވަންތައް ބޮޑުވެ، ފުރިހަމަވަމުން ދެއެވެ. ނިޔަފަތިތައް އިގިލިތަކުގެ ކޮޅާއި ހަމައަށް ބޮޑުވެއެވެ. ކުޑަދަރިފުޅުގެ ހަންގަޑުގެ ދަށުގައި ފެޓް ޖަމާވެއެވެ. މަސްތައް ބޮޑުވެ ކުއްޖާގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އާދެއެވެ. ލޭގެ ސެލްތައް ފުރަމޭ(Liver)އަށް ވާސިލްވެ، ލޭ އުފައްދަންފަށްއެވެ. ޗިސްމޭ(Gall bladder)އިން ހަޖަމުކުރުމަށް މުހިއްމު މާއްދާއެއްކަމުގައިވާ ބައިލް(Bile) އުފައްދަންފަށައެވެ. ހިރުގަނޑުގެ ދަށުގައި ކިރުބޯދަތް(Milk teeth)ތައް އުފެދެންފަށައެވެ. އެސްފިޔައާއި، ބުމައިގެ އިސްތަށިތައް ބޮޑުވާން ފަށައެވެ. 
އާދައިގެ ގޮތެއްގައި ކުޑަކުއްޖާ ނިދާހޭލާ ހަދައެވެ. ކުއްޖާގެ ހަރަކާތްތައް އިތުރުކަން ފާހަގަވާނެއެވެ. ކުޑަކުއްޖާ އެއްފަރާތުން އަނެއްފަރާތަށް ޖެހުން، ބޯކޮޅުމައްޗަށް ޖެހުން ފަދަ ހަރަކާތްކޮށް ހަދައެވެ. ހަމަމިހެން ކުޑަދަރިފުޅު އިގިލިބުއިމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 
ފަސްވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާ 12-10އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ޕައުންޑް ހުރެއެވެ.

މިމަހުގައި ވެސް ކުއްޖާ އިތުރަށް ބޮޑުވަމުން އާދެއެވެ. ހަންގަޑު ހުންނަނީ ރަތްކުލައަށެވެ. ހަންގަޑު ނިވާކުރެވިފައިވަނީ ލެނޫގޯ(Lanugo)އާއި، ވާރނިކްސް(Vernix) އިންނެވެ. ލެނޫގޯއަކީ ހަންގަޑުގައި ހުންނަ ކުދި،މަޑު،ލޯލި ކެހެރިތަކެވެ. ވާރނިކްސްއަކީ ލެނޫގޯއާއި، ހަމުގެ ސެލްތަކާއި،ތެޔޮ އެކުލެވޭ މާއްދާއެކެވެ.މިއަށް ކިޔަނީ ކިދު އެވެ. އަސްލު އިސްތައްޓާއި، ފައިގެ އިގިލިތަކުގެ ނިޔަފަތިތައް އުފެދެންފަށައެވެ. ކުޑަދަރިފުޅުގެ ސިކުނޑި އަވަސްކަމާއި އެކު ބޮޑުވަމުން އާދެއެވެ. ނާރުތަކުގައި ކަރަންޓް ސިގްނަލްތައް ދައުރުކުރުވާ ފެޓީ ޝީޓް ނުވަތަ ފަށަލަ(Fatty sheaths)ތައް އުފެދެންފަށައެވެ. މެކޯނިއަމް(Meconium) އުފެދެމުން އާދެއެވެ. މެކޯނިއަމްއަކީ ކުޑަދަރިފުޅުގެ ހަށިގަނޑުން ފުރަތަމަ ބޭރުކުރާ ބޮޑުކަމުދާ ތަކެތިއެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހޫނުމިން ހިފަހެއްޓުމުގައި އެހީވެދޭ ފެޓްގެ ވައްތަރެއްކަމުގައިވާ މުށި ފެޓް(Brown fat)އުފެދެން ފަށައެވެ. އަންހެންކުއްޖެއް ނަމަ މިމަހުގެ ތެރޭގައި އޯވަރީ(Ovaries)ގައި ބިސްތައް އުފެދެން ފަށައެވެ. ކުޑަދަރިފުޅުގެ ކަށިތައް ހަރުވެއެވެ. 
ކުޑަކުއްޖާ އެއްކޮށް އުފެދި ކުޑަމީހެއްގެ ސިފަޖެހެއެވެ. ނަމަވެސް ފުއްޕާމޭ(Lung) ރަގަޅަށް އުފެދިފައި ނުވާތީ ކުއްޖާ އަދިވެސް ވަރަށް ކުޑަވާނެއެވެ. އެހެންކަމުން މިމަރުހަލާގައި ޚާއްޞަ ފަރުވާއަކާނުލައި ރަހިމުން ބޭރުގައި ކުޑަދަރިފުޅު ދިރިއެއް ނޯންނާނެއެވެ. 
ހަވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާ 14-11އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ޕައުންޑް ނުވަތަ 2/1،1ޕައުންޑް ހުރެއެވެ. 

ކުއްޖާ އުފެދި ބޮޑުވުން މިމަހުގެތެރޭގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ދެއެވެ. ކުޑަދަރިފުޅުގެ ލޯ ހުޅުވި، ލެއްޕި އައްޔަށް އަންނަ ބަދަލުތައް އިހްސާސް ކުރެވޭނެއެވެ. މޫނުން ލެނޫގޯ(ކުދި،މަޑު،ލޯލި އިސްތަށިތައް )ގެ އަސަރު ނެތެންފަށައެވެ. ކުޑަދަރިފުޅުގެ އަޑުއިވުމުގެ ހިއްސު ރަގަޅުވަމުން އާދެއެވެ. ބޭރުމާހައުލުގެ އަޑުތައް ކޮންމެވެސް ވަރަކަށް އިވޭނެއެވެ. ފައިންޖެހުން ނުވަތަ ކޮޅުފައިން ޖެހުމާއި، ދެމި،ލެބުން ފަދަ ހަރަކާތްތަކުން ކުޑަދަރިފުޅު ކަސްރަތު ލިބިގަނެއެވެ. އެއްޗެތީގައި ހިފުން ފަދަ ހަރަކާތް(Grasping motions)އާއި، އިގިލިބުއިން ފަދަ ކަންތައް ކުރުމަށް ކުޑަދަރިފުޅު ގަޔާވެއެވެ. މިމަހުގައި ކުއްޖާ އުފަންވެއްޖެނަމަ އެކުއްޖަކު ސަލާމަތްކުރުމުގެ ފުރުސަތު 6ވަނަ މަހުގައި އުފަންވުމަށްވުރެ ބޮޑެވެ.
ހަތްވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާގެ ދިގުމިނުގައި ގާތްގަނޑަކަށް 15އިންޗި ހުރެއެވެ. ބަރުދަނުގައި 2 ނުވަތަ 

ކުޑަދަރިފުޅުގެ ހަށިގަނޑު ކުރިއަށް ވުރެ، އަވަހަށް ބޮޑުވަމުން އާދެއެވެ. ކަށިތައް ވަރުގަދަވެ، އަތްފައި ފަލަވެއެވެ. ހަންގަޑުގައި ރަތް ކަމެއް ހުރެއެވެ. ސިކުނޑީގެ ތަފާތު މަރުކަޒުތައް އުފެދެމުން ދެއެވެ. ސިކުނޑިއާއި، ނާރުތައް ހަށިގަނޑުގެ މަސައްކަތްތަކަށް ބާރު ހިންގައެވެ. ރަހަގެނެސްދޭ ބުޑު( Taste buds)ތައް ބޮޑުވަމުން ނުވަތަ އުފެދެމުން އާދެއެވެ. ކުޑަދަރިފުޅު އުކުޑިކޮއްޓުން، ރުއިން، ކިބިހިއެޅުން،ފަދަ ކަންތައްތައް ކުރެއެވެ. އަދި ތަދާއި، އައްޔާއި، އަޑަށް އިޖާބަދިނުން ނުވަތަ އެތަކެތި އިހްސާސްކުރެވެއެވެ. ފިރިހެންކުއްޖެއް ނަމަ އޮށް(Testicles) ދަށްބަނޑުން ތިރިއަށް އުރަވަޅި (Scrotum)އަށް ފައިބައެވެ. 
އަށްވަނަ މަސް ނިމޭ ހިސާބު ކުޑަކުއްޖާ 18-16އިންޗިއާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 4ޕައުންޑް ހުރެއެވެ.

 
މިމަހުގެ ތެރޭގައި ކުޑަދަރިފުޅުގެ ބަރުދަނުން ހަފްތާއަކު 2/1ޕައުންޑް އިތުރުވެއެވެ. ހަށިގަނޑު ފަލަވެ، ހަންގަޑަށް އޮމާންކަން އާދެއެވެ. އުފަންވަން ކައިރިވުމުން ކުއްޖާ ބަނޑުގައި އޮންނަގޮތް ބަދަލުވެއެވެ. މިހާލަތުގައި ކުއްޖާ އޮންނާނީ ދެފައި މެޔާހަމައަށް ނެގުމަށް ފަހު ބޯކޮޅުވަތަށް ބާރތް ކެނަލް(Birth canal)އާއި، ދިމާލަށް ތިރިއަށެވެ. 
މަންމަގެ ހަށިގަނޑުން ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަތައް މަހުގެ ތެރެއިން ކުޑަދަރިފުޅަށް ވާސިލްވެއެވެ. 
އަމްބިލައިކަލް ކޯޑްގައި ލޭދައުރުވާ މިންވަރު އަވަސްވެ،މަތިވުމުން އެއަށްދެމި،ވާންވެ، އޮޅިގެންދިޔަ ނުދީ ހިފަހައްޓައެވެ. 
ނިދުމުގެ ގޮތް ނުވަތަ ހުނަރު(Sleeping patterns)ތައް ކުޑަދަރިފުޅު ދެނެގަންނަށް ފަށައެވެ. ޅިދުކަށިގަނޑާއި، ދިމާލުން ދަށްބަނޑުގައި ފައިންޖެހުން، ޕަންޗުކުރުން ފަދަ ހަރަކާތްތައް ކުޑަދަރިފުޅު ކުރެއެވެ. މިހަރަކާތްތަކަށް ނުވަތަ މިމަސައްކަތަށް ލައިޓްނިންގ(Lightening)އޭ ކިޔައެވެ. ކުޑަދަރިފުޅު ކުރާ މިހަރަކާތްތައް މައިމީހާއަށް އިހްސާސް ކުރެވެއެވެ. ފުއްޕާމޭ ހެދި،ފުރިހަމަވެ، އޭގެ މަސައްކަތް ފުރިހަމަގޮތުގައި ކުރަންފަށައެވެ. ކުޑަދަރިފުޅުގެ ބޮލުގެ ކަށިތައް މަޑުވެ، އެކިގޮތަށް ލެބިހެދެއެވެ. މިކަމުގެ ސަބަބުން ބާރތް ކެނަލްގެތެރެއިން ކުޑަދަރިފުޅު ބޭރުވުމަށް(Delivery) މަގުފަހިވެއެވެ. 




#Article 102: މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތައް (2244 words)


ބަލިވެއިނުމާއިއެކު އަންހެނުންގެ ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. ރަހިމުގައި އަށަގަންނަމުންދާ ކުޑަދަރިފުލަށް މައިމީހާގެ ހަށިގަނޑު ހޭނެމުންދާއިރު ބޮލުގައި ރިހުމާއި، ވަރުބަލިވުމާއި، ބުރަކަށީގައި ރިހުމާއި، ނިދިނައުމާއި، ބޯއެބުރުމާއި، ހޫނުވުން އަދި މިނޫނަސް ތަފާތު އުދަގޫތައް ކުރިމަތިވެއެވެ. މިގޮތުން ކުރިމަތިވާ އުދަގޫތަކަކީ ބަލިވެއިނުމުން ތަބީއީގޮތެއްގައި ކުރިމަތިވާ ކަންތައްތަކެވެ. އެކިމީހުންނަށް މިއުދަގޫތައް ކުރިމަތިވާ މިންވަރު ތަފާތެވެ. ތިރީގައި މިބަޔާންކޮށްލަނީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ބައެއް އުދަގޫތަކާއި، އެކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.  

ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ވަރަށް ގިނަ އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ.
ބުރަކަށީގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން(Preeclampsia)، ނޭފަތު ގައި ހުންނަ ވައިވައްދާ ހުސްތަންތަން(Nasal air sinuses)ގައި އިންފްލެމޭޝަން އުފެދުން، ވަރުބަލިވުން ފަދަ ކަންކަމަކީ ވެސް ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަބަބުތަކެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެކަށޭނަވަރަކަށް އަރާމުކުރުން، ބަރާބަރަށް ކެއުމާއި، ފެންބުއިން، ބޮލުގައި ރިހުން ކުޑަކޮށްދެއެވެ. 

ހަމަމިހެން އެސްޕިރިން ފަދަ ތަދުކެޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ބޮލުގައި ރިއްސަން ފެށުމުން ފޮތިގަނޑެއް ތެންމާލުމަށް ފަހު ނިއްކުރިމަތީގައި ބާއްވާށެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުއިކަމެއް ގެނެސްދޭނެއެވެ. ތާފަނާ ފެނުން ފެންވެރުމާއި، ކަރާއި،ކަދުރާ،މޫނާއި،ބޯ މަސާޖުކުރުމަކީ ވެސް ބޮލުގައި ރިހުން ކުޑަކޮށްދޭނެ ކަންކަމެވެ.
  
ބޮލުގައި ރިހުން ހުރުމާއިއެކު، މޭނުބައިކުރުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުންކޮށިވުން މިއިންކަމެއް މެދުވެރި ވެއްޖެނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ބަލިވެއިނުމާއި ވިދެގެން ރަހިމުބޮޑުވަމުން އަންނައިރު ރަހިމު ހިފެހެއްޓުމަށްޓަކައި އޭގެ ވަށައިގެންލެވިފައިވާ ލިގަމެންޓް(Ligament)ތައް ދެމި،ވާންވެ،ބާރުވާގޮތް ވެއެވެ. މިކަމުގެ ސަބަބުން މައިމީހާއަށް ދަށްބަނޑުގައި ރިހުން އިހްސާސް ކުރެވެއެވެ. އާންމުގޮތެއްގައި ރިހުން ހުންނަނީ ބަނޑުގެ އެއްފަރާތެއްގައެވެ. ގިނަމީހުންނަށް މިމައްސަލަ ކުރިމަތިވަނީ 24-18ވަނަ ހަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ.

ތިރީގައި މިބަޔާންކޮށްލަނީ މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. 

މިއީ އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ޚާއްޞަގޮތެއްގައި ފުރަތަމަ ތިންމަހާއި، ފަހުތިންމަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސްވެއެވެ. މިކަން ދިމާވަނީ ބަލިވެއިނުމާއި ވިދިގެން ހަށިގަނޑުގައި ޕްރޯޖެސްޓަރޯން(Progesterone) ހޯރމޯންގެ މިންވަރު މަތިވުމާއި، އަދި އުފެދެމުން އަންނަ ދަރިފުޅަށް މައިމީހާގެ ހަށިގަނޑު ތައްޔާރުވަމުން އަންނައިރު އިތުރު ހަކަތަ މައިމީހާގެ ހަށިގަނޑަށް ބޭނުންވާތީއެވެ. 

ރޭގަނޑުގެ ނިދި ބަރާބަރަށް ލިބުނަސް ދުވާލުމުން ވަރުބަލިކަން އިހްސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާދައިގެ ކަމެކެވެ. ރަގަޅަށް ނިދާލާ އަރާމުކޮށްލުމުން ހިތްހަމަޖެހުމާއި ބާރު ހަށިގަނޑަށް ގެނުވައިދެއެވެ. ވަރުބަލިކަން އިހްސާސްވާނަމަ އަބަދުވެސް އަރާމުކުރަން ހަދާންކުރާށެވެ. ރޭގަނޑުމަދުވެގެން 8ގަޑި އިރުގެ ނިދި ހަމަކުރުމާއި، ދުވާލުވެސް 2ގަޑިއެއްހާއިރު ނިދާލުމަކީ ރަގަޅުކަމެކެވެ. ހާސްވެ، ހިތްނުތަނަވަސްވެ،ފިކުރުބޮޑުވާގޮތް ދިމާވާނަމަ ހިތްހަމަޖެހޭފަދަ ކަމެއް ކުރެވިދާނެއެވެ. ހަމަމިހެން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމަކީ ވެސް ވަރުބަލިކަން ކުޑަކޮށްދޭނެ ކަންކަމެވެ.

ލޭމަދުވުން(Anemia)ކުރިމަތިވުމަކީ ވެސް ވަރުބަލިކަން މެދުވެރިވުމަށް އެހީވެދޭ ކަމެކެވެ. އެހެންކަމުން ފުރަތަމަ ތިންމަހާއި،ފަހުތިންމަހުގެ ތެރޭގައި ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވޭތޯ ބެލިދާނެއެވެ. އަދި މިގޮތަށް ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދަނގަޑު ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. 
ނިދާއިރު ނުވަތަ އޮށޯވެއޮންނައިރު ވާތްފަރާތަށް ބުރަވެ އޮތުމަކީ ރަގަޅުކަމެކެވެ. އެއީ މިކަމުގެ ސަބަބުން އުފެދެމުން އަންނަ ދަރިފުޅަށް ބޭނުންވާ ކާނާއާއި، އޮކްސިޖަން ފޯރުކޮށްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދޭތީއެވެ. ހަމަމިހެން ބަލިވެއިނުމަށްފަހު ލޭގެ ޕްރެޝަރ މަތިނަމަ މިގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ.

ބަލިވެއިނުމާއި ގުޅިގެން މާގިނައިން ކުޑަކަމުދާންޖެހުމަކީ ވަރަށް އާންމުކަމެކެވެ. މާބަނޑު ދުވަސްވަރު ގުރުދާ(Kidney)ގައި ލޭދައުރުކުރާ މިންވަރު %35ން %60އިންސައްތަ އަށް މަތިވެއެވެ. މިއާއިގުޅިގެން ކުޑަކަމުދާތަކެތި އުފެދޭ މިންވަރުވެސް %25އިންސައްތަ އިތުރުވެގެންދެއެވެ. ގިނަގިނައިން ނުވަތަ އިރުއިރުކޮޅާ ކުޑަކަމުދާންޖެހުމުގެ އަސްލަކީ މިއީއެވެ. 

ބަލިވެ އިންނަތާކުރީކޮޅު މިގޮތަށް ކުޑަކަމުދާންޖެހުމުގެ ސިއްރަކީ މައިމީހާގެ ރަހިމު ބޮޑުވަމުން އަންނައިރު އުފެދޭ ޕްރެޝަރުގެ ސަބަބުން މަސާނާ(Bladder) ފިތޭގޮތް މެދުވެރިވެ، ކުޑަކަމުދާތަކެތި އުފެދޭ މިންވަރު އިތުރުވުމެވެ. މަސާނާ ހުސްކޮށް ހުރިނަމަވެސް ކުޑަކަމުދާން ބޭނުންވާކަހަލަ އިހްސާސްއެއް ކުރެވެއެވެ. އެއީ ބޮޑުވަމުންދާ ރަހިމުގެ ސަބަބުން މަސާނާފިތި، ފުރިފައިވާ ކަމުގެ އިހްސާސެއް ގެނެސްދޭތީއެވެ. ރަހިމުބޮޑުވެ، މައްޗަށް އުފުލި ބަނޑުގައިވާ ހުސްތަނަށް ވާސިލްވާއިރު މަސާނާ އަށް ފިތޭ މިންވަރު ދަށްވެ،މިކަމަށް ލުއިކަމެއް ލިބެއެވެ. ނަމަވެސް ވިހަންކައިރިވެގެން އަންނައިރު ( ފަހުމަސްތަކުގައި ) މިކަމުގެ އުދަގޫ އަނެއްކާވެސް ފެންނަށް ފަށައެވެ. އެއީ ކުޑަދަރިފުޅުގެ ބޯ މަސާނާގައި ޖެހި މަސާނާފިތޭތީއެވެ. ޚާއްޞަކޮށް ފަހުކޮޅުގައި ރޭގަނޑު އެތައް ފަހަރަކު ކުޑަކަމުދާން ބޭނުންވެގެން ހޭލެވުމަކީ ވެދާނެކަމެކެވެ.

ވިހަންކައިރިވެގެން އަންނައިރު ފަހުމަސްތަކުގައި ކެއްސުން، ހުނުން، ކިބިހިއެޅުން، ބަރުތަކެތި އުފުލުން، ޖޮގިން ފަދަ ކަސްރަތުކުރުން މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ނުހިފެހެއްޓިގެން ކުޑަކަމުދެވޭގޮތް ވެއެވެ. 

މިގޮތަށް ކުޑަކަމުދާންޖެހުން ކުރިމަތިވާނަމަ ކީޖެލް އެކްސަސައިޒް(Kegel exercise)އޭ ކިޔޭ ކަސްރަތެއް ކުރެވިދާނެއެވެ. މިކަސްރަތުގެ ސަބަބުން ޕެލްވިސްއާއި، ކުޑަކަމުދާ ހޮޅި(Urethra)ގެ ވަށައިގެންވާ މަސްތަކުގެ ބާރުގަދަވެ، ކުޑަކަމުދާތަކެތި ބޭރުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.ކޮފީ،ކަޅުސައި ފަދަ ބުއިންތައް ބޭނުންކުރުން ވީވަރަކުން މަދުކުރާށެވެ. ދުވާލު ގިނަގިނައިން ދިޔާތަކެތި ބޯށެވެ. ނަމަވެސް ހަވީރު 4 ގެ ފަހުން މިގޮތަށް ދިޔާތަކެތި ނުބޯށެވެ. އޭރުން ރޭގަނޑުގެ ގަޑިތަކުގައި ކުޑަކަމުދާންޖެހޭ މިންވަރު ކުޑަކޮށްދެއެވެ. 

ކުޑަކަމުދިއުމުގެ ތެރޭގައި ރިއްސުން، ދިލަނެގުން، ކުޑަކަމުދާތަކެތީގެ ތެރޭގައި ދޮސް، ނުވަތަ ލޭ ހުރުން، ރޭގަނޑުގެ ވަގުތުތަކުގެ ތެރޭގައި އެއްފަހަރު ކުޑަކަމުދިއުމަށްފަހު އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ވެސް ކުޑަމަކުދާންޖެހުން، މިއިން ކަމަކުންކުރެ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ އިސްވެ ބަޔާންކުރެވުނު ކަންތައްތަކަކީ ކުޑަކަމުދާ ނިޒާމް (Urinary tract)ގައި ބައްޔެއް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމްގައި ބައްޔެއް ހުރިކަން އެގިއްޖެނަމަ ވަގުތުން ފަރުވާކުރަން ހަދާންކުރާށެވެ. އެހެނީ މިފަދަ ހާލަތުގައި ފަރުވާކުޑަކޮށްފިނަމަ ދުވަސްނުފުރާ ވިހެއުން ފަދަ ކަމެއް ކުރިމަތިވެދާނެއެވެ.

ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަކީ ވަރަށް ޢާންމުކަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. އިގިރޭސިބަހުން މޯރނިންގ ސިކްނެސް(ހެދުނުގެ ބަލި)އޭ ކިޔަނީ މިސަބަބާހުރެއެވެ.ނަމަވެސް ހައިބަނޑާ ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. ހެދުނުގެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ހައިޕަރެމީސިސް ގްރެވިޑޭރަމް(Hyperemesis gravidarum) އޭ ކިޔައެވެ.

ބުނެވޭގޮތުގައި މިއީ ބަލިވެ އިނުމާއިގުޅިގެން ހަށިގަނޑުގައި އެކުލެވޭ ހޯރމޯންތަކަށް އަންނަ ބަދަލަކާއިގުޅިގެން ކުރިމަތިވާކަމެކެވެ. އާންމު ގޮތެއްގައި މޭނުބައިކުރުމާއި، ހޮޑުލެވުން ނުވަތަ ހެދުނުގެ ބަލި ފުރަތަމަ 3މަސް ފާއިތުވެ ދިއުމުން ( ބަލިވެއިނުމާއެކު އިތުރުވާ ހޯރމޯންތަކުގެ މިންވަރު ދަށްވުމުން ) ރަގަޅުވެއެވެ.
 
މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީއަކަށް ވާނެއެވެ. 

މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ފެން ހުސްވާގޮތް (ފެންމަދުވުން) މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. ހަމަމިހެން ބަރުދަން ލުއިވުން، ކުޑަކަމުދާތަކެތި ކުލަގަދަވެފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަވެ، އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް(Prenatal vitamins)ވެސް ނެގިދާނެއެވެ.

ބޯއެބުރުމާއި، ހޭނެތުން ފަދަ ކަންކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ކަންކަމެވެ. މިކަން ދިމާވަނީ މައިމީހާގެ ރަހިމުއާއި، ފަޔާއި، ދިމާލަށް ތިރިއަށް ލޭދައުރުވާން ފެށުމުންނެވެ. މިގޮތަށް ލޭދައުރުވަނީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ލޭހޮޅިތައް ފުޅާވުމުންނެވެ.
ލޭމަދުވުން، ލޭގައި ހަކުރުގެ މިންވަރު ދަށްވުން، ސިކުނޑިއަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބުން،ލޭގެ ޕްރެޝަރ ދަށްވުން،ރަގަޅު ކާނާ ނުކެއުން ފަދަ ކަންކަމަކީ ބޯއެބުރުމާއި، ހޭނެތުން ކުރިމަތި ވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. 

މިކަންކަމުން ސަލާމަތްވުމަށް ނުވަތަ މިކަންކަން ކުޑަކުރުމަށް ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެ، އޮވެވިދާނެއެވެ. މިގޮތަށް އޮތުމުން ހިތް،އަދި ސިކުނޑި އަށް ލޭފޮނުވާދޭ މިންވަރު އިތުރުވެ، ބޯއެބުރުން ކުޑަކޮށްދެއެވެ. ހަމަމިއާއެކު، ގިނައިރުތަކެއް ވަންދެން އެއްތަނެއްގައި އިށީދެ ނުވަތަ ކޮޅަށްހުރުމުގެބަދަލުގައި ކޮޅުކޮޅަށް ހިގާލާ ހަރަކާތްތެރި ވުމުން ކުރިން މިބުނެވުނު ކަންތައްތަކާއި ދުރުހެލިކޮށްދެއެވެ.އަދި ރަގަޅުކާނާ ބޭނުންކުރުމަށް އަހައްމިއްޔަތު ކަމެއް ދޭށެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެކަމެކެވެ. މިގޮތަށް ވައިހެދެނީ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ. 

މިކަމުން ސަލާމަތްވުމަށް ކުދީނާފަތު ސައި ނުވަތަ ފެނަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ހަމަމިހެން ވައިއުފެދުމަށް އެހީވެދޭ ކާނާގެ ބާވަތްތައް ބޭނުން ނުކުރާށެވެ. މިގޮތުން ބަނބުކެޔޮ، ބީންސް،ބްރޯކޮލީ، ކެބެޖް، ކޮލިފްލާވަރ ފަދަ ކާނާ ބޭނުންކުރުން މަދުކުރާށެވެ. މިފަދަ ކާނާގައި ހިމެނޭ ރަފިނޯސް ކިޔާ މާއްދާއެއްގެ ސަބަބުން ވައިއުފެދުމަށް މެދުވެރިވެއެވެ. ކޯލާ، ޕެޕްސީފަދަ ގޭސް އެކުލެވޭ ބުއިންތަަކާއި ދުރުހެލިވާށެވެ.

މިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސް ފަރާތް(Rectum)ފިތޭގޮތްވުން، ޕްރޯޖެސްޓަރޯން(Progesterone)ހޯރމޯން އިތުރުވުމާއި ގުޅިގެން ކާތަކެތި ހަޖަމުކުރާ ނިޒާމް(Digestive tract)ގައި ކާތަކެތި ހަރަކާތްކުރުން ދަށްކޮށްލުން، މިއީ ބަނޑުހިކުން މެދުވެރިކުރުވާ ބައެއް ސަބަބުތަކެވެ. އިސްވެދެންނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު އިތުރުވެ، ފެން ހަށިގަނޑަށް ދަމާމިންވަރު ގިނަވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫވެއެވެ. ބަނޑުހިކުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ. 

އަންނަނިވި ކަންތައްތައް ބަނޑުހިކުމުގެ މައްސަލައިން ސަލާމަތްކުރުމުގައި އެހީއަކަށް ވެއެވެ.

މިކާތަކެތި ބޭނުންކުރާ އިރު މޭވާ، ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ.މިގޮތުން ޕްރޫން ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.  

މިކަން ކުރިމަތިވަނީ ފުރަގަސް ފަރާތު ދޮރު(Anal-canal)ގެ ވަށައިގެންވާ ލޭނާރުތައް ދުޅަވެ ފުއްޕުމުގެ ސަބަބުންނެވެ.މިގޮތަށް ދުޅަވެ،ފުއްޕަން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ.  ބަނޑުހިކުންކުރިމަތިވެފައި ވާނަމަ ފުރަގަސް ފަރާތު ބަލި އިތުރަށް ގޯސްވެ، ފުރަގަސްފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުގައި ކަހާހިރުވުމާއި،ރިއްސުން، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ފެނިދާނެ އަލާމާތްތަކެވެ. ވިހެއުމަށް ފަހު ކުރުމުއްދަތެއްގެ ތެރޭގައި ފުރަގަސްފަރާތު ބަލީގެ މައްސަލަ ރަގަޅުވެއެވެ.

މިކަމުން ސަލާމަތް ވުމަށް ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދޭން ހަދުމަކުރާށެވެ.

މާބަނޑު ދުވަސްވަރު މައިމީހާގެ ރަހިމުގެ ފަހަތުގައިވާ ބޮޑެތި ވެއިން(Veins) ،(ހަށިގަނޑުގެ އެކިއެކި ޓިޝޫތަކުން ހިތަށް ލޭގެންގޮސްދޭ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ) ތަކުގައި ޕްރެޝަރ އިތުރުވުމުން އެލޭނާރުތަކުން ހިތަށް ލޭގެންގޮސްދިނުން ކުޑަވާގޮތްވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ. މިއާއި ގުޅިގެން ފައިގެ ހަމުގެ ދަށުގަޔާއި، ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވެއެވެ. މިގޮތަށް ދުޅަވެ،ފުއްޕާފައި ހުންނަ ލޭނާރުތައް ހަންގަނޑުން ބޭރަށް ފާހަގަވެ، އެގެން ހުރެއެވެ. ބައެއް ފަހަރު މިފަދަ ލޭނާރުތައް ހުންނަނީ ބޮޑިވަރެއްހެން އޮޅިފައެވެ. މިފަދަ ލޭނާރުތައް ހުންނަނީ ގަދަ ދަނބު ނުވަތަ ނޫކުލައަށެވެ. ލޭނާރުތައް އާންމުކޮށް ފުއްޕަނީ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި، ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް މިގޮތަށް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. ނަމަވެސް ކެހުމާއިއެކު ފާރު އުފެދޭގޮތް ބައެއް ފަހަރު ދިމާވެއެވެ.

ބަލިވެއިންނަ ދުވަސްވަރު ކުރިމަތިވާ މިމައްސަލައިން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ. 

ގިނަމީހުންނަށް މިކަން ދިމާވަނީ ބަލިވެއިންނަ ފަހު 3 މަހުގެ ތެރޭގައެވެ. ނަމަވެސް ބައެއް މީހުންނަށް ބަލިވެ އިނުމުގެ ކުރީކޮޅުގައިވެސް މިކަމުގެ އުދަގޫފޯރައެވެ. ބެލެވޭގޮތުގައި މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ހަށިގަނޑުގައި ހުންނަށްޖެހޭ ކެލްސިއަމްގެ މިންވަރު ދަށްވުމުން ކުރިމަތިވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ކެލްސިއަމް ހޯދުމަށްޓަކައި ކެލްސިއަމް ގިނަކާނާއާއި، ފެޓްނުހުންނަ ކިރާއި، ކިރުބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރެވިދާނެއެވެ. 

ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިން(Prenatal vitamins)އިން ވެސް ކެލްސިއަމް ހަށިގަނޑަށް ލިއްބައިދެއެވެ. މާބަނޑު އަންހެނާ ބޭނުންކުރާ ކާނާއިން އެކަށޭނަވަރަށް ކެލްސިއަމް ނުލިބޭނަމަ ޑޮކްޓަރަކާއި މަޝްވަރާކޮށް ކެލްސިއަމް ބޭހެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ގިނަގިނައިން ފެންބުއިމަކީ ވެސް ވަރަށް ފައިދާހުރި ކަމެކެވެ. 

ފައިގެ މަސްތައް ބާރަށް ދެމުން،ނުވަތަ ވާންކުރުމާއި، މަސާޖުކުރުމަކީ ފަޔާއި، ފައިތިލަވާޅުވުން ކުޑަކޮށްދޭ ކަމެކެވެ. ހޫނު،ނުވަތަ ތެތް ފޮތިގަނޑެއް ފަދަ އެއްޗެއް މަސްތަކުގެ ވަށައިގެން އޮޅާލާފައި ބޭއްވުމަކީ ވެސް ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އެޅުމަށް އެހީވެދޭ ކަމެކެވެ.

 

ތަނެއްގައި އޮށޯވެއޮންނަނަމަ ފައިދަށަށް ބާލީހެއް ފަދަ އެއްޗެއްލުމަށް ފަހު އޭގެ މަތީގައި ފައިބާއްވައިގެން އޮންނާށެވެ. އިސްވެ ބަޔާންކުރެވުނު ހިސާބެއްގައި ކުއްލިއަކަށް އާދަޔާޚިލާފަށް ދުޅައުފެދި ފޮއްސިވެފައި ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ހަދާންކުރާށެވެ. އެއީ ފަހަރެެއްގައި މިގޮތަށް ދުޅަވެފައިވަނީ ބަލިވެއިނުމާއި،ގުޅިގެން މައްޗަށްދާ ލޭގެ ޕްރެޝަރ(Pregnancy-induced hypertension) ގެ ސަބަބުން ކަމަށް ވެދާނެތީއެވެ. ދުޅަތިރިކުރުމަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކާއި ނުލައި އެއްވެސް ބާވަތެއްގެ ބޭސް ބޭނުން ނުކުރާށެވެ.

މިއީވެސް ވަރަށް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ކުރާ ޝަކުވާއެކެވެ. އާންމުކޮށް ނިދިނައުމުގެ މައްސަލަ ކުރިމަތިވަނީ ފުރަތަމަ 3މަހާއި، ފަހު 3މަހުގެ ތެރޭގައެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމާއި، ހޮޑުލެވުން،އަދި ވަރުބަލިވުން ފަދަ ކަންކަމަކީ ނިދި ފުރިހަމައަށް ލިބުމަށް ހުރަސްއަޅާ ކަންކަމެވެ. ފަހުކޮޅު ނިދިނައުން މެދުވެރިކުރުވާ ސަބަބުތަކުގެ ތެރޭގައި ވިހެއުމަށް ނަފްސާނީ ގޮތުން ބިރުގަތުން، ވަރުބަލިވުން ރަހިމުގެ ސައިޒުބޮޑުވުމުން ލިބޭ ހާސްކަން ފަދަ ކަންތައްތައް ހިމެނެއެވެ. 

މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ. 

ކުޑަދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދިބޮޑުވަމުން އަންނައިރު އެތެރޭގެ ހުރިހާގެ ގުނަވަނެއްގެ ޕްރެޝަރ މައްޗަށް ދާގޮތްވެއެވެ. ފުއްޕާމޭގެ ޕްރެޝަރ މަތިވުމުން ނޭވާކުރުވެ، ނޭވާ ހިފަހައްޓަން އުދަގޫވާގޮތް މެދުވެރިވެއެވެ.

މިއީ ރަހިމުބޮޑުވުމުން، ބަނޑުގައިވާ ގުނަވަންތައް ފިތުމާއި، ޑައިފްރަމް ފުއްޕާމޭޔާއި ދިމާލަށް ގޮސް ފުއްޕާމެޔަށް ފިއްތުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މިހެން ދިމާވާނަމަ ފުންކޮށް ދިގުކޮށް ނޭވާލާށެވެ. ރޭގަނޑު މިމައްސަލަ ކުރިމަތިވާނަމަ ވާތްފަރާތަށް ބުރަވެ އޮވެ ނިދުމަކީ ރަގަޅުކަމެކެވެ. އެހެނީ މިގޮތަށް އޮވެ ނިދުމުން ނޭވާލަން ފަސޭހަވުމުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށް ކާނާއާއި، އޮކްސިޖަން ގެންގޮސްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދެއެވެ. ނޭވަޔަށް އުދަގޫކުރުން ނުވަތަ ނޭވާހިއްލުމުގެ މައްސަލަ ހުންނަނަމަ މާބަނޑުވުމުން ނޭވާހިއްލުން ބޮޑަށް ގޯސްވެއެވެ. ވިހަންކައިރިވާ ވަރަކަށް ފުއްޕާމޭގެ ޕްރެޝަރ ދަށްވެ، ފަސޭހަ ކަމާއި އެކު ނޭވާލުމަށް މަގުފަހިވެއެވެ.

 
ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި ކަރުގައިވާ ޓިޝޫތަކަށް ހޯރމޯންގެ އަސަރު ކުރުމާއި، ވިދިގެންނެވެ. ލޭއަންނަގޮތް މެދުވެރިވަނީ ހޯރމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ.މިއީ އެހާ ސީރިއަސް މައްސަލަތަކެއް ނޫނެވެ. މިފަދަކަންކަން ބައެއްފަހަރު ފާހަގަނުވެވެސް ހިގައިދާނެއެވެ. 

ޓިޝޫ ނުވަތަ ރުމާ ފަދަ އެއްޗަކުން ނޭފަތް ފޮޅާލާއިރު ލޭއައުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ ޝަހާދަތް އިގިލި އާއި ބޮޑުވައި އިގިލި އިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. އިރުކޮޅަކު މިގޮތަށް ހުރުމުން ލޭއައުން ހުއްޓެއެވެ. ނަމަވެސް މިބީދައިން އަމަލުކުރުމަށްފަހު ވެސް ލޭއައުން ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާކަމެކެވެ. 

މާބަނޑު ދުވަސްވަރު ނޭފަތުއެތެރެ ފުރި ބެދޭގޮތްވުމަކީ ދިމާވެދާނެކަމެކެވެ. ގިނައިން ފެންބުއިމާއި، ނިދާކޮޓަރީގައި ހިއުމިޑިފަޔރއެއް ބެހެއްޓުން، މިފަދަކަންކަމުން ސަލާމަތްވުމަށް އެހީއަކަށް ވާނެއެވެ. ނޭފަތުގެ ހިދުރީގެ އެތެރޭ ކައިރީގައި ޕެޓްރޯލިއަމްޖެލް ފަދަ ތެޔޮކޮށްދޭ އެއްޗެއް އުގުޅުމަކީ ވެސް ރަގަޅުކަމެކެވެ. މިއިންކަމަށް ބޭހެއް ބޭނުން ކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާކުރުން ރަގަޅެވެ.

 
ބަލިވެއިނުމާއި ގުޅިގެން %50އިންސައްތަ އަންހެނުންނަށް ހިރުގަނޑުން ލޭއައުމުގެ މައްސަލަ ކުރިމަތިވެއެވެ. މާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓަރޯންއާއި، އެސްޓްރަޖަން އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ދަތް އުގުޅާއިރު ލޭއަންނަގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިންސީގެ  މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހިކޮށްދޭ ކަމެކެވެ. 

ބަލިވެއިނުމަށްފަހު ދަތާއި، ހިރުގަނޑުގައި ބައްޔެއް ހުރިކަން ފާގަހަވެއްޖެނަމަ ލަސްނުކޮށް ފަރުވާކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ފަރުވާކުޑަކޮށްފިނަމަ ހިރުގަނޑުގައި އުފެދިގައި ހުރިބަލީގެ އަސަރު އޭގެ ވަށައިގެންވާ ޓިޝޫތަކަށް ފޯރާގޮތްވެއެވެ.މިކަމުގެ ސަބަބުން ދުވަސްނުފުރާ ވިހެއުން، ފަދަ ކަމެއް ކުރިމަތި ވުމަކީ ގާތްކަމެކެވެ. ފަހުގެ ދިރާސާއަކުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ބަލިތައް ހުރިކަން އެގި ފަރުވާނުކޮށް ދޫކޮށްލާ މީހުންނަށް ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ހަތްގުނަ އިތުރެވެ. 

މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ހޯރމޯންތަކުގެ ސަބަބުން(ޚާއްޞަކޮށް ޕްރޯޖެސްޓަރޯން) ކާތަކެތި ހިގާ ހޮޅި އާއި، މައިދާގެ މަސްތައް ދޫވެ، ކާތަކެތި އެސިޑާއި އެކު އަބުރާ ކާތަކެތި ހިގާހޮޅިއަށް ދިއުމުން ކުރިމަތިވާ ކަމެކެވެ. ދިލަނަގާހެން ހީވާކަހަލަ އިހްސާސެއް ކުރެވެނީ އެސިޑްތައް ކާތަކެތި ހިގާހޮޅީގެ އެތެރޭ ކައިރިފަށުގައި ބީހި، އޭގެ އަސަރުކުރުމުންނެވެ. މެއިން ދިލަނެގުމުގެ އިހްސާސް ބޮޑަށް ހުންނަނީ މޭމަތިން ހިތް އޮންނަ ހިސާބުގައެވެ. އިގިރޭސިބަހުން މެއިން ދިލަނެގުމަށް ހާރޓްބާން(Heartburn)އޭ ކިޔަނީ މިސަބަބާހުރެއެވެ. މެއިން ދިލަނެގުމަށް ފަރުވާއަކަށް އެންޓަސިޑްފަދަ ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން ރަގަޅެވެ. 

މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

ބަލިވެ އިނުމަށްފަހު ރަހިމު ބޮޑުވެގެން އަންނައިރު ފަޔަށް ގޮސްފައި ހުންނަ ނާރުތަކުގައި ޖެހި، އެނާރުތައް ފިތޭގޮތް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން ފަޔާއި، ފައިގެ އިގިލިތައް އައްސިވާގޮތްވެއެވެ. މިގޮތަށް އުފެދޭ އައްސިވުން ވިހެއުމަށް ފަހު މަޑުމަޑުން ފިލާދެއެވެ. ކަސްރަތުކުރުމަކީ އައްސިވުން ކުޑަކޮށްދޭ ކަމެކެވެ.

ބައެއް އަންހެނުންނަށް ކާޕަލް ޓަނެލް ސިންޑްރޯމް(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުން ދެއަތްތިލައާއި، އިގިލިތައް އައްސިވާގޮތް ވެއެވެ. ކާރޕަލް ޓަނެލް އަކީ އަތުކުރި ނުވަތަ ކުޑަހުޅުގައި އިންނަ ޓަނެލް އެކެވެ. ބޮޑުވައި އިގިލި،ޝަހާދަތް އިގިލި، މެދު އިގިލި، އަދި ކަށި އިގިލިގެ  ހަރަކާތްތައް ކޮންޓްރޯލް ކުރާ ނާރު(Median nerve) ދަނީ މިޓަނެލްގެ ތެރެއިންނެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ޖެހުމުން މިޓަނެލް ދުޅަވެ، ކުރިން ދެންނެވުނު ނާރުފިތި އަތްތިލައާއި އިގިލިތައް އައްސިވާގޮތްވެއެވެ. 

ކާޕަލް ޓަނެލް ސިންޑްރޯމް ހުންނަނަމަ ރޭގަނޑު ނިދާއިރު އަތްމަތީގައި ބޯއަޅާލައިގެން ނިދުމަކީ ރަގަޅުކަމެއް ނޫނެވެ. މިގޮތަށް އޮވެ ނިދުމުން ޓަނެލްއަށް ޕްރެޝަރ އިތުރުވެ، އައްސިވުން ގަދަވެއެވެ.

 
މާބަނޑުވުމަށް ފަހު ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމް(Metabolism)ގެ މަސައްކަތް އިތުރުވުން ހަށިގަނޑުގައި ހޫނު އުފައްދާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ހޫނުމިން މައްޗަށް ދެއެވެ. ހޫނު ދުވަސްވަރެއްނަމަ މިގޮތަށް ހަށިގަނޑުގައި އުފެދޭ ހޫނުގެ މިންވަރުވެސް އިތުރުވެއެވެ. 

މިގޮތަށް ހޫނުވުމުގެ މައްސަލައިން މުޅިން މިންޖެއް ނުވެވޭނެއެވެ. ނަމަވެސް މިކަން ކުޑަކުރުމަށް ގިނަގިނައިން ފެންވެރުމާއި، ގަޔަށް ދޫ ކޮޓަނުން ފަހާފައި ހުންނަ އަންނައުނު ބޭނުންކުރެވިދާނެއެވެ.

 
ވެޖައިނާ އިން ދިޔަ ބޭރުވާ މިންވަރު އިތުރުވުމަކީ މާބަނޑު ދުވަސްވަރުގައި ވެދާނެ ކަމެކެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަން(Vagina) ހިމެނޭ ހިސާބުގައިވާ ހަމާއި، މަސްތަކުގައި ލޭދައުރުވުންއިތުރުވުމުން ކުރިމަތިވާ    ކަމެކެވެ. މިގޮތަށް ބޭރުވާ ދިޔައަށް ކިޔަނީ ލިއުކޯރިއާ(Leukorrhea)އެވެ. މިދިޔަތައް ހުންނަނީ ހުންނަނީ  ހުދުކޮށް ނުވަތަ ސާފުކޮށް ބޯކޮށެވެ. މިދިޔަތައް ކޮންމެ ދުވަހަކުވެސް ފެނުން ރަގަޅަށް ސާފުކުރާށެވެ. 

ވެޖައިނާ ހިމެނޭ ހިސާބުގައި ރިއްސުން، ކެހުން، ފާރުވުން، ވެޖައިނާއިން ބޭރުވާ ދިޔައިގައި ލޭހުރުން، ނުބައިވަސްދުވުން، މިއިން ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދުމަކީ އެދެވިގެންވާ ކަމެކެވެ. މިގޮތަށް ދިޔަ ބޭރުވާ  ދުވަސްވަރު ކަފަބޭނުންކޮށްގެން ހަދާފައި ހުންނަ ޖަގިޔާފަދަ ތަކެތި ބޭނުންކުރާށެވެ. ދިޔަތައް ސާފުކުރުމަށް ޕެޑް  ނުވަތަ ޓެމްޕަންސް ބޭނުންކުރުން ރަގަޅެއް ނޫނެވެ.

 
ބަލިވެ އިންނަތާ 8-6ވަނަ ހަފްތާއާއި، ދެމެދުގެ ހިސާބެއްގައި އުރަމަތި ބޮޑުވާން ފަށައެވެ. އުރަމަތީގައި އެކުލެވޭ ފެޓް އިތުރުވެ، ކިރުބޭރުކުރާ ގޮށްތައް ގިނަވެއެވެ. ބަލިވެއިނުމަށްފަހު އުރަމަތީގެ ސައިޒާއި، ބަރުދަން މަޑުމަޑުން އިތުރުވަމުން އާދެއެވެ. ބަލިވެއިނުމާއި ގުޅިގެން އުރަމަތި ބޮޑުވާންދިމާވާ މައިގަނޑު ސަބަބަކީ އެސްޓްރަޖަން އާއި، ޕްރޯޖެސްޓަރޯން ހޯރމޯން ހަށިގަނޑުގައި އިތުރުވުމެވެ. 

ބަލިވެއިނުމާއި ގުޅިގެން އުރަމަތި ބޮޑުވެ،ފުރިފައި ހުންނަހެން ހީވާނެއެވެ. އަދި އުރަމަތީގައި ބީހުމުން ރިއްސާގޮތް މެދުވެރިވެއެވެ. އާންމުގޮތެއްގައި މިގޮތަށް ރިއްސަން ފަށަނީ 6-4ހަފްތާއާއި ދޭތެރޭގައެވެ. މިރިއްސުން ފުރަތަމަ 3 މަސް ނިމެންދެން ދެމިހުރެއެވެ. އުރަމަތީގެ ލޭދައުރުވުން އިތުރުވެ، ހަންގަނޑުގެ ދަށުގައިވާ ލޭނާރުތައް ފާހަގަވާން ހުރެއެވެ. މިގޮތަށް ރިހުން ހުންނަ ނަމަ މާބަނޑު ދުވަސްވަރު ބޭނުންކުރުމަށް ޚާއްސަކޮށް ހަދައިފައި ހުންނަ ބުރާ ބޭނުންކުރެވިދާނެއެވެ. މިގޮތުން ނައިލޯނުން ހަދާފައި ހުންނަ ބްރާ އަށްވުރެ ކޮޓަން ބްރާ ބޭނުންކުރުން ރަގަޅެވެ. 

ވައްގަނޑާއި، އޭގެ ވަށައިގެންވާ އަދިރިހަންގަނޑު(Areola)ގެ ކުލަ އިތުރަށް ގަދަވެއެވެ. ވައްގަނޑު އާންމުކޮށް ހުންނަވަރަށްވުރެ ބޮޑަށް ބޭރަށް ނިކުމެއެވެ. ކުރިން ބުނެވުނު އަދިރިހަންގަނޑުގައި މޮންޓްގޯމެރީ ޓިއުބާކްލްސް (Montgomery tubercles)އޭ ކިޔޭ ކުދިކުދި ތެޔޮމާއްދާއެއް ބޭރުކުރާ ގޮށްތަކެއް އުފެދެއެވެ. ގާތްގަނޑަކަށް 20-12އާއި ދެމެދުގެ އަދަދަކަށް މިކަހަލަ ގޮށްތައް އުފެދެއެވެ. މިގޮށްތަކުން ބޭރުކުރާ މާއްދާގެ ސަބަބުން ގާތުންކިރުދޭ ދުވަސްވަރު އޭރިއޯލާގައި އިންފެކްޝަން އުފެދުމުން ހިމާޔަތްކޮށްދެއެވެ.  

ވައްގަނޑާއި، އުރަމަތި ސާފުކުރުމަށް ހަމައެކަނި ތާފަނާ ނުވަތަ ސާފުފެން ބޭނުންކުރާށެވެ. އެހެނީ ސައިބޯނި ފަދަ އެއްޗެތި ބޭނުންކޮށްގެން ސާފުކުރުމުން ވައްގަނޑާއި، އޭގެ ވަށައިގެންވާ ހަންގަނޑު ހިކި،ކުރަކިވާގޮތް ވެއެވެ. މިގޮތަށް ކުރަކިވެ، ފާރުއުފެދި،ރިއްސާނަމަ ލެނޯލިން އެކުލެވޭ މޮއިސްޗަރައިޒިންގ ކްރީމެއް އުގުޅާށެވެ.

 
މާބަނޑު ދުވަސްވަރު ހަންގަނޑުގައި ރަތް،ފިޔާތޮށި ނުވަތަ ދަބުކުލައިގެ ރޮގުތަކެއް ފާޅުވާން ފަށައެވެ. މިރޮގުތައް އާންމު ގޮތެއްގައި ހުންނަނީ އުރަމައްޗާއި، ބަނޑާއި، ފިދުމަސްގަނޑާއި، ފައިގެ ފަލަމަސްގަނޑުގައެވެ. މިފަދަ ރޮގުތައް ފާޅުވަނީ ހަންގަނޑަށް ދެމި،ވާންވުމުން ހަމުގެ އެތެރޭ ފަށަލަ(Dermis)ތެރޭގައި ހުންނަ ކޮލެޖަން ފައިބާރސް (Collagen fibres)ތައް ވަކިވެ، ހަންގަނޑުގެ ދަށުގައި ހުންނަ ލޭއެކުލެވޭ ޓިޝޫ(Vascular tissues)ތައް ފެންނަށް ހުރުމުންނެވެ. މިރޮގުތަކަށް ކިޔަނީ ސްޓްރިއާ ގްރެވިޑޭރަމް(Striae gravidarum)އެވެ. 

މިރޮގުތަކުގެ ކުލަ ވިހެއުމަށް ފަހު ހުދުކުލައަށް ބަދަލުވެއެވެ. ހުދުކުލައަށް ބަދަލުވުމުން މިރޮގުތަކަށް ކިޔަނީ ސްޓްރިއާ އަލްބިކަންސް(Striae albicans)އެވެ.ނަމަވެސް މިގޮތަށް ރޮގުތައް ފާޅުވާން ފަށާއިރު އޭގެކުލަ ބިނާވެފައި އޮންނަނީ އެމީހެއްގެ ހަންގަނޑުގައި ހުންނަ ކުލައެއްގެ މައްޗަށެވެ. 

ބަލިވެއިންނަ %50އިންސައްތަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. ގިނަމީހުންނަށް މިމައްސަލަ ކުރިމަތިވަނީ ފަހުމަސްތަކުގެ ތެރޭގައެވެ. މިކަމުން ސަލާމަތްވުމަށް ޑޮކްޓަރެއްގެ ލަފަޔާއިއެކު ޚާއްޞަ ކްރީމެއް ނުވަތަ ލޯޝަނެއް ބޭނުންކުރެވިދާނެއެވެ. މިފަދަ ރޮގުތައް ވިހެއުމަށްފަހު މަޑުމަޑުން ފަނޑުވާން ފަށައެވެ. 

މޫނުގެ ކުލަބަދަލުވުމަކީ ވަރަށް އާންމުކަމެކެވެ. މިގޮތަށް ބަދަލުވާއިރު ނިއްކުރިއާއި، ނޭފަތް ކޯ،އަދި ލޯ ވަށައިގެން މުށިކުލައިގެ ތިކިތަކެއް ފާޅުވެއެވެ. މޫނުގެ ހަންގަނޑަށް އަންނަ މިބަދަލުތަކަށް ކްލޯސްމާ (Chloasma)އޭ ކިޔައެވެ. ހަންގަނޑުން ކަޅުމީހުންނަށް ކްލޯސްމާގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. ހަންގަނޑަށް އަންނަ މިބަދަލުތަކަކީ ބަލިވެއިނުމާއި ގުޅިގެން ބޭރުކުރާ ހޯރމޯންތަކުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. 

އަވީގައި ގިނަވަގުތު ހޭދަކުރުމަކީ މިފަދަރޮގުތައް ނުވަތަ ފާހަގަތައް އިތުރުވެ،ގިނަވާކަމެކެވެ. އެހެންކަމުން ތޮއްޕާއި، އަވިއައިނުފަދަ ތަކެތި އަވީގައި އުޅޭއިރު ބޭނުންކުރެވިދާނެއެވެ.
ވަރަށް ގިނަ އަންހެނުންގެ ހަށިގަނޑުގައި ފޫޅުން ތިރިއަށް ކުރިމަތިފަރާތާއި ދިމާލަށް ދަށްބަނޑުގައި އަދިރި މުށިކުލައިގެ ރޮގެއް ފާޅުވެއެވެ. މިރޮގަށް ކިޔަނީ ލިނެއާ ނިގްރާ(Linea nigra)އެވެ. ވިހެއުމަށް ފަހު މިރޮގުވެސް މަޑުމަޑުން ފަނޑުވެ ނެތިދެއެވެ.

މޫނުމަތީގައި އޮށާޅަ ނެގުމުގެ މައްސަލަ ވެސް ބައެއް އަންނުންނަށް ކުރިމަތިވެއެވެ. އޮށާޅަ ނެގުމުގެ މައްސަލައިން ސަލާމަތްވުމަށް އާދައިގެ މޫނު ދޮންނަށްް ބޭނުންކުރާ އެއްޗަކުން ކޮންމެ ދުވަހަކު ދެތިންފަހަރު މޫނުސާފުުކުރާށެވެ. އޮށާޅައިން ސަލާމަތްވުމަށް އާންމުކޮށް ބޭނުންކުރާ ޓެޓްރަސައިކްލިން ފަދަ ބޭސްތައް އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.




#Article 103: އެއިޑްސް ބަލި (502 words)


 
އޭޑްސް () ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ. 

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަސް އެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ދެހަފްތާއާއި ބާރަ ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ. 

އޭޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ.އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ.  ބަލި ޖައްސާ ވައިރަސް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މަނި، ކުޅު، ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔައިގެ ތެރޭގައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ނުވަތަ ތެތްކަން،މައިމީހާގެ ގާތުންދޭ ކިރު، މަނި، އަދި ލޭގެ ޒަރީޢާ އިންނެވެ. މިއީ އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ. 

އެޗްއައިވީ ވައިރަސް ހަމަލާދެނީ ލޭގެ ހުދު ސެލް ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް، ގެ ވަކިވައްތަރު ތަކުގެ ތެރެއިން ހެލްޕަރ ޓީ ސެލް، އަށެވެ. މިބުނި ސެލްއާއި މެދު ބެލެވިފައިވަނީ ދިފާޢީ ނިޒާމްގެ ގިނަ ސެލްތަކެއްގެ ވަޒީފާ ކޮންޓްރޯލްކުރާ މޭސްތިރި ކަމުގައެވެ. އެޗްއައިވީ ވައިރަސް ތަތްވަނީ މިބުނި ސެލްގެ ސަތަޙައިގައިވާ ސީޑީ4 އޭ ކިޔޭ މޮލިކިއުލް ތަކާއެވެ. މިމޮލިކިއުލް ތަކަކީ ވައިރަސްގައި އެކުލެވޭ ގްލައިކޯ ޕްރޮޓީން ތަކަށް ހުންނަ ރިސެޕްޓަރ ތަކެކެވެ. މިބުނި ސެލް ވައިރަސް އާއި ތަޣައްޔަރުވުމުން އެތައް ގްލައިކޯ ޕްރޮޓީން ތަކެއް ސެލްއާއި ތަތްވެ، އެސެލްގެ ވަށައިގެންވާ ސެލްތައް ވައިރަސް އާއި ތަޣައްޔަރު ކުރުވައި، ސެލްތައް އެއްވެގެން ދެއެވެ. 

އެއަށްފަހު އެއްވެގެންދިޔަ ސެލްތައް ބައިބައިވެ ފުނޑުފުނޑުވެގެން ދެއެވެ. އެއާއި ގުޅިގެން ހެލްޕަރ ޓީ ސެލް ތަކުގެ މިންވަރު މަދުވެ، ދިފާޢީ ބާރު ވެސް ކުޑަކޮށްލައެވެ. މިގޮތަށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެންދާ ހިނދު ބައެއް ކަހަލަ ބަލިތަކާއި، އިންފެކްޝަންތަކަށް، އަދި ކެންސަރުގެ ބާވަތްތަކަށް ހަށިގަނޑު ހުށަހެޅި އާޚިރު ނަތީޖާއެއްގެ ގޮތުން މަރުވެދެއެވެ. 

އެޗްއައިވީ ވައިރަސް އަށް ހިމޭންކަމާއެކު ދެމިހުރުމުގެ ކުޅަދާނަކަން ލިބިގެން ވެއެވެ. މިގޮތުން މިވައިރަސް ހިމޭންކަންމަތީ ލޭގެ ހުދު ސެލް ގެ ވައްތަރު ތަކުގެ ތެރެއިން ލިމްފަސައިޓް އަދި މޮނަސައިޓް ތަކުގެ ތެރޭގައި ދެމިހުރެއެވެ. ބަލީގެ ނުރައްކާތެރި ޢަލާމާތްތައް ފެންނަނީ ފުރަތަމަ ވައިރަސް ހަށިގަނޑަށް ވަންނަތާ 7 އަހަރު ވަރު ފަހުންނެވެ. އެއީ ކުރިން ބަޔާންކުރެވުނު ހިމޭންކަންމަތީ ހުރި ވައިރަސްތައް މުރާލިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. މިބުނިގޮތަށް ވައިރަސް މުރާލިވެ ހަރަކާތްތެރިވާން ފަށަނީ ބައެއް ކަހަލަ  އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ. މިސާލަކަށް އެޕްސްޓޭންބަރ ވައިރަސް، ހެޕަޓައިޓިސްބީ ވައިރަސް، ހާރޕީޒް ސިމްޕްލެކްސް ވައިރަސް، ސައިޓޯމެގާލޯ ވައިރަސް، ސިފިލިސް، ކިހުނުވުން އަދި މިނޫނަސް ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ.

މިބަލީގައި ފެންނަ އަލާމާތްތައް 3 މަރުޙަލާ އަކަށް ބަހާލެވިދާނެ އެވެ. 

ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވާނެއެވެ. 

ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ އެވެ. 

މިއީ ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ. 

މިމަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. 

ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެން ދެއެވެ.

އެޗް.އައި.ވީ/އެއިޑްސް ރިސޯސަސް:




#Article 104: މާބަނޑު ދުވަސްވަރު ބޭނުންކުރުން ރަގަޅީ ކޮންކަހަލަ ކާނާއެއް؟ (1292 words)


ބަނޑުގައި އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކާނާ ފޯރުކޮށްދެނީ މައިމީހާގެ ހަށިގަނޑުންނެވެ.އެހެންކަމުން މާބަނޑުދުވަސްވރު މައިމީހާ ރަގަޅު ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރަން ޖެހެއެވެ. ކާނާ ބޭނުންކުރުމުގައި ބަލަންޖެހޭނީ އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށެވެ. ބައެއްމީހުންނަށް ހީވެފައި އޮންނަނީ ބަނޑުގައި ދަރިފުޅު އަށަގަންނަށް ފެށުމުން މައިމީހާ ދެމީހުންނަށް ވާވަރަށް ކާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިގޮތަށް ގިނައިން ކެއުމަކީ މުހިއްމު ކަމެއްްނޫނެވެ. އޭގެ ބަދަލުގައި އަހައްމިއްޔަތުކަމެއް ދޭންވީ ހަށިގަނޑަށް ބޭނުންތެރި ހުރިހާބާވަތެއް ހިމެނޭ ކާނާ ކެއުމެވެ. މާބަނޑު އަންހެނާގެ ކާނާގައި އަންނަނިވި ބާވަތްތައް ހިމެނުން މުހިއްމެވެ. 

މާބަނޑު ދުވަސްވަރު މައިމީހާ ބޭނުންކުރާ ކާނާއަކީ ބަނޑުގައިވާ ކުޑަދަރިފުޅު ހެދިބޮޑުވުމުގެ ބިންގަލެވެ. އެހެން ކަމުން މައިމީހާ ބޭނުންކުރާ ކާނާގައި އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތަކުގެ ކާނާ ހިމަނަން ޖެހެއެވެ. މާބަނޑުއަންހެނާ ނުވަތަ ގާތުންކިރުދޭ އަންހެނާ ދުވާލަކު މަދުވެގެންް 3 ފަހަރު ކިރު،ޔޯގަޓް ނުވަތަ ޗީޒްފަދަ އެއްޗެއް ބޭނުންކުރަން ޖެހެއެވެ. މީގެ އިތުރުން ޕާން، ސެރެލްސް، އެއްގަމުމަހާއި، އެއްގަމު މަހުގެ އުފެއްދުންތައް ،މޭވާއާއި ތަރުކާރީ އަބަދުވެސް ކާނާގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. 
ދުވާލަކު މަދުވެގެން 3 ފަހަރު ކާން އާދަކުރާށެވެ. ނަމަވެސް މޭނުބައިކުރާގޮތް ހުންނަނަމަ އެއްފަހަރާއި މާގިނައިން ކެއުމުގެ ބަދަލުގައި ލުއިކޮށް 6ފަހަރު ނުވަތަ 8ފަހަރު ކެއުމަކީ ރަގަޅުކަމެކެވެ. 

ކާބޯހައިޑްރޭޓްސް އިން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ދަގަނޑުގެ ބައިި، ބީވިޓަމިން އަދި އެހެނިހެން މައުދަންތައް ފޯރުކޮށްދެއެވެ. ޚާއްޞަކޮށް ކާބޯހައިޑްރޭޓްސްގައި ވިޓަމިންއާއި، ފައިބަރު ވަރަށް މަތީދަރަޖައަކަށް އެކުލެވެއެވެ. 
ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ގޮދަނާއި، ޕާން، ސެރެލްސް،ޕާސްޓާ، އަލުވި، ބިސްކޯދު 
ނޫޑްލްސް،ހަނޑޫ، އަދި ބައެއްބާވަތުގެ ތަރުކާރީ ފަދަ ތަކެތި ހިމެނެެއެވެ. 

ދުވާލަކު 3ފަހަރު ޕްރޮޓީން ހިމެނޭ ކާނާ ބޭނުންކުރާށެވެ. ހަށިގަނޑުގައިވާ އެކިއެކި ގުނަވަންތަކާއި، މަސްތަކާއި،އެންޒައިމްތަކާއި، ހޯރމޯންތައް އުފެދުމަށް ޕްރޮޓީން އެހީތެރިވެދެއެވެ. މީގެ އިތުރުން މައިމީހާއާއި، ކުޑަދަރިފުޅުގެ ހަށިގަނޑުގައި ބަލިތަކުން ދިފާއުވުމަށް ބޭނުންވާ ހަށިދަމަނަ(Antibodies) އުފެއްދުމުގައިވެސް ޕްރޮޓީން ދައުރެއް އަދާކުރެއެވެ. ޕްރޮޓީންސްގައި ބީވިޓަމިންއާއި، ދަގަނޑު ވެސް އެކުލެވެއެވެ. 
ޕްރޮޓީންސް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި ކިރުއެކުލެވޭ ބާވަތްތައް، އެއްގަމު މަސް، ކަނޑުމަސް، ހިކިބީންސް، ބިސް،ޕީނަޓް ބަޓަރު، ބަދަން ފަދަ ކާނާ ހިމެނެއެވެ. 

ފެޓް ނުވަތަ ސަރުބީ އެކުލެވޭ ކާނާ ހަށިގަނޑަށް ބޭނުންވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންކަމުން މާގިނައިން ފެޓް ހިމެނޭ ކާނާ ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ފެޓް ހަށިގަނޑުގައި ހަކަތަ ރައްކާކޮށްދެއެވެ. އެއްގަމުމަހާއި، ކިރާއި، ތަރުކާރީތެޔޮ، ޕީނަޓްބަޓަރާއި، މާޖިރީން ގައި ފެޓްހިމެނެއެވެ. 

ދުވާލަކު 3،4،ނުވަތަ 5ފަހަރު އެންމެ މަދުވެގެން ތަރުކާރީ ބޭނުންކުރާށެވެ. ތަރުކާރީ އަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްއާއި، އެކިބާވަތުގެ މައުދަންތައް ލިއްބައިދޭ އެއް މަސްދަރެވެ. ފައިބަރު ވެސް މަތީ ދަރަޖައަކަށް ތަރުކާރީގައި ހުރެއެވެ. ބަނޑުހިކުން ފަދަ ކަންކަމުން ސަލާމަތްވުމަށް ތަރުކާރީ ބޭނުންކުރުމަކީ ވަރަށް ފައިދާ ހުރިކަމެކެވެ. ފެހިކަންގަދަ ތަރުކާރީގައި ފައިބަރު، ދަގަނޑު،ވިޓަމިންއޭ، އަދި ފޮލިކް އެސިޑް ހިމެނެއެވެ. 
ތަރުކާރީ ބޭނުންކުރުމުގެ ކުރިން ރަގަޅަށް ދޮންނާށެވެ. ރޯކޮށް ހުއްޓައިވެސް ބޭނުންކުރެވިދާނެއެވެ. ފެނުގައި އިރުކޮޅެއް ވަންދެން ކެއްކުމަށް ފަހު ބޭނުންކުރުމަކީ ވެސް ހެދިދާނެ ގޮތެކެވެ. ނަމަވެސް ގިނައިރުވަންދެން ތަރުކާރީ ކެއްކުމަކީ ރަގަޅުގޮތެއް ނޫނެވެ. އެހެނީ މިބުނިގޮތަށް ކެއްކުމުން އޭގައި އެކުލެވޭ ވިޓަމިންތަކާއި، މައުދަންތައް ފެނުގެ ތެރެއަށް ބޭރުވެ ގެއްލިގެން ދެއެވެ.
ދުވާލަކު 2،3،ނުވަތަ 4ފަަހަރު މޭވާ ބޭނުންކުރާށެވެ. މޭވާގައި މަތީ ދަރަޖައަކަށް ވިޓަމިންއޭ އާއި، ވިޓަމިން ސީ އެކުލެވެއެވެ. ހަމަމިހެން ފައިބަރާއި، ޕޮޓޭޝިއަމް ވެސް މޭވާއިން ހަށިގަނޑަށް ލިއްބައިދެއެވެ. 
މޭވާ ބޭނުންކުރުމުގެ ކުރިން ރަގަޅަށް ދޮންނާށެވެ. ފައިދާހުރި ގޮތަކީ ރޯކޮށް ހުއްޓައި ބޭނުންކުރުމެވެ. ކާވަގުތު ޖެހުމުގެ ކުރިން ތޮށިމެށުމާއި، ކޮށުމަކީ ރަގަޅު ގޮތެއް ނޫނެވެ.

މިގްރޫޕްގައި ހިމެނޭ ކާތަކެތި ދުވާލަކު 4-3ފަހަރާ ދެމެދުގެ މިންވަރަކަށް ބޭނުންކުރާށެވެ. މިބާވަތުގެ ކާނާއިން ހަށިގަނޑަށް ޕްރޮޓީންއާއި، ކެލްސިއަމް، ވިޓަމިން އޭ އާއި، ވިޓަމިން ޑީ ފޯރުކޮށްދެއެވެ. ވިޓަމިން އޭ އަކީ ހަންގަނޑާއި، ލޮލާއި، އިސްތަށިގަނޑުގެ ދިރުމަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިންޑީ އަކީ ކުޑަދަރިފުޅުގެ ހަށިގަނޑަށް ކެލްސިއަމް ދެމުމަށް އެހީވެދޭ މާއްދާއެކެވެ. ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވުމަށް ބޭނުންވާ އަސާސީ މާއްދާއެކެވެ. ހަމަމިހެން ނާރުތަކާއި،މަސްތަކުގެ ވަޒީފާ ފުރިހަމަކުރުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ.

ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަންގަޑުން ސަލާމަތުން ބެހެއްޓުމަށާއި، ލޮލުގެ ފެނުން ރަގަޅުކުރުމަށާއި، ކަށިތައް އުފެދުމަށް ވިޓަމިން އޭ ބޭނުންވެއެވެ.  ހަމަ މިހެން ވިޓަމިން އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާާޢުކުރުމަށް އެހީވެދޭ  އެންޓިއޮކްސިޑެންޓް އެކެވެ.  
ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި، ފަތާއި، ކައްޓަލަ،ބިސް،ފޯރޓިފައިޑް ކިރު،ސްޕިނެޗް، އަދި ބްރޮކޮލީ ހިމެނެއެވެ. ހަމަމިހެން މާބަނޑުވުމުން ނަގާ ޕްރިނޭޓަލް ވިޓަމިންގައިވެސް ވިޓަމިން އޭ އެކުލެވިގެންވެއެވެ. މާބަނޑު ދުވަސްވަރު 800މައިކްރޯގްރާމްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވެއެވެ. 
ވިޓަމިން އޭގެ މިންވަރު ހަށިގަނޑުގައި ގިނަވުމަކީ ބައިގެން ދިއުމާއި، މޭނުބައިކުރުމާއި، ބޮލުގައި ރިހުމާއި،ބޮލުން އިސްތަށިފޭބުމާއި، ފުރަމެޔަށް ގެއްލުން ލިބުމާއި، ކަށިތައް ހަލާކުވުން ފަދަ ކަންތައްތައް ކުރިމަތިކުރުވާ ކަމެކެވެ. ވިޓަމިން އޭ ގެ މައިގަނޑު ދެބާވަތެއް ހުރެއެވެ. އެއީ ބީތާ-ކެރޮޓީން(Beta-carotene)އާއި، ރެޓިނޯލް(Retinol)  އެވެ. 
ރެޓިނާ-އޭ(Retina-A) ހަންގަޑުގައި އުގުޅުމަށް މާބަނޑު ދުވަސްވަރު ބޭނުން ނުކުރާށެވެ. އެހެނީ މިގޮތަށް ބޭނުންކުރުމުން ހަންގަޑުގެ ތެރެއިން ހަށިގަނޑަށް ރެޓިނާ-އޭ ވަދެ ލޭގައި ވިޓަމިން އޭ އެކުލެވޭ މިންވަރު މަތިކުރުވައެވެ.

ވިޓަމިންބީ6 ލޭގެ ރަތް ސެލްތައް އުފެދުމަށް އެހީތެރިވެދެެއެވެ. ހަމމިހެން ސިކުޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމަށާއި، ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތަށް އެހީތެރިވެދެއެވެ. ދޮންކެޔޮ، އަދި ސެރެލްއަކީ ވިޓަމިންބީ6 ހިމެނޭ ބާވަތްތަކެވެ. ވިޓަމިންބީ6ގެ 0.96މިލިގްރާމް ދުވާލަކު މާބަނޑުއަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. 
ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަކަން މަތީ ބެހެއްޓުމަށް ވިޓަމިންބީ12އަކީ ބޭނުންތެރި މާއްދާއެކެވެ. ވިޓަމިންބީ12 ހިމެނޭ ބާވަތްތަކުގެ ތެރޭގައި އެއްގަމުމަހާއި، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ. ވިޓަމިންބީ ހިމެނޭ ކާނާގެ އެހެނިހެން ބާވަތްތަކުގެ ތެރޭގައި ޗީޒްއާއި،ގޮދަނާއި، ފެހިފަތާއި، ތަރުކާރީ ހިމެނެއެވެ. 
މާބަނޑު އަންހެނަކަށް ދުވާލަކު 0.9މިލިގްރާމްގެ ސިއެމިން ބޭނުންވެއެވެ. ސިކުޑި ފުރިހަމަވެ ބޮޑުވުމަށް މިއީ ވަރަށް މުހިއްމު ވިޓަމިނެެކެވެ. ހިތާއި، ނާރުތަކުގެ ނިޒާމްގެ ބައިތައްް އުފެދުމަށް ވެސް މިވިޓަމިން އެހީތެރިވެދެއެވެ.
މާބަނޑު އަންހެނަކަށް ދުވާލަކު 1.14މިލިގްރާމްގެ ރައިބޯ ފްލެވިން ބޭނުންވެއެވެ.މިއީ ކުޑަދަރިފުޅުގެ ހަށިގަނޑުގައި މަސްތަކާއި، ކަށިތަކާއި ނާރުތަކުގެ އުފެދި ފުރިހަމަވުމަށް މުހިއްމު މާއްދާއެކެވެ. މައިމީހާގެ ލޮލުގެ ފެނުން ރަގަޅު ކޮށްދީ ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ. 
ވިޓަމިން ބީ މަދުވުމުން ހޮޑުލެވުން، ދުވަސްނުފުރާ ވިހެއުން، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން ފަދަ ކަަންތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. 

މިއީ މާބަނޑު ދުވަސްވަރު ބޭނުންކުރާ ކާނާގައި ހިމަނަންޖެހޭ އެއްމެ މުހިއްމު އެއްމާއްދާއެވެ. ބީވިޓަމިންގެ ތެރޭގައި ހިމެނޭ ފޮލިކް އެސިޑަކީ ކުޑަދަރިފުޅުގެ ސްޕައިނަލް ކޯޑްއާއި، ސިކުނޑިއާއި، އޭގެ ވަށައިގެންވާ ފަށަލަތަކުގައި އުފެދޭ އައިބުތަކުން ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި، އެހެނިހެން އައިބުތަކުން ސަލާމަތްކޮށްދިނުމުގައި ވެސް ފޮލިކް އެސިޑް މުހިއްމު ދައުރެއް އަދާކުރެއެވެ. ބަލިވެއިނުމުގެ ކުރިންނާއި، ބަލިވެއިނުމުގެ ފަހުން ވެސް ފުރަތަމަ 3މަހުގެ ތެރޭގައި 400މައިކްރޯގްރާމްގެ ފޮލިކް އެސިޑް ކޮންމެ ދުވަހަކު ނަގާނަމަ މިފަދަ އައިބުތައް ކުރިމަތިވުން ކުޑަކޮށްދެއެވެ. 
ހަމަމިހެން ދަރިފުޅުގެ ބަރުދަން ލުއިވުމާއި، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން، އަދި ބައިގެން ދިއުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެސް ގާތްކަމެކެވެ. އާންމުގޮތެއްގައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ސަޕްލިމެންޓްސް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. 
ފޮލިކް އެސިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ތަރުކާރީ، ބީންސް، ހުތްމޭވާ،ޕާން،ފުށް،ހަނޑޫ،ޕާސްޓާ،ފަޅޯ،ގެރިމޭ،ކުކުޅު،ކުކުޅުބިހުގެ ގޮބޮޅި ހިމެނެއެވެ.

މިއީ ކޮލެޖަން(Collagen)ކިޔާ ޕްރޮޓީންއެއް އުފެދުމަށް ބޭނުންވާ އަސާސީ އެއްމާދާއެވެ. ކޮލެޖަން އަކީ ހަންގަޑާއި،ދަތްތަކާއި،ކަށިތަކާއި، ހިރުގަނޑާއި، ދިފާއުކުރުމުގެ ނިޒާމު ސަލާމަތުން ބެހެއްޓުމަށް އެހީވެދޭ ޕްރޮޓީން އެކެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު މައިމީހާއާއި، ކުޑަދަރިފުޅުގެ ހިރުގަނޑާއި އެހެނިހެން ޓިޝޫތައް ސަލާމަތުން ބެހެއްޓުމަށް ވިޓަމިންސީ އެހީތެރިވެދެއެވެ. ހަމަމިއާއެކު ބަލިތަކުން ރައްކާތެރިވުމަށާއި، ހަށިގަނޑަށް ދަގަނޑު ދަމައިގަތުމަށް ވެސް އެހީތެރެވެދެއެވެ. ދަތްތަކާއި ކަށިތަކުގެ ދިރުމަށް ވެސް ވިޓަމިންސީ ބޭނުންވެއެވެ. 
ވިޓަމިންސީ އެކުލެވޭ މޭވޭއާއި، ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ސްޓޯބެރީ،ކަރާ، އޮރެންޖް،ފަޅޯ،ޓޮމާޓޯ، މިރުސް، ކެބެޖް،ކައްޓަލަ،އޮރެންޖް ޖޫސް،އަދި ބްރޮކޮލީ ހިމެނެއެވެ. މާބަނޑުދުވަސްވަރު 60މިލިގްރާމްގެ ވިޓަމިންސީ ބޭނުންވެއެވެ.

ދަތްތަކާއި، ކަށިތަކުގެ ދުޅަހެޔޮކަމަށް ވިޓަމިން ޑީ ބޭނުންވެއެވެ. ހަމަމިހެން ކެލްސިއަމް ހަށިގަނޑަށް ދެމުމަށް ވެސް އެހީތެރިވެދެއެވެ. ދިޔާކިރު، ޔޯގަޓް، ޗީޒް، ޕާން، ސެރެލްސްގައި ގިނައަދަދަކަށް ވިޓަމިން ޑީ އެކުލެވެއެވެ. 
މާބަނޑު އަންހެނާގެ ހަށިގަނޑަށް ދުވާލަކު މައިކްރޯގްރާމްގެ ވިޓަމިންޑީ ބޭނުންވެއެވެ. އާންމުގޮތެއްގައި އިރުގެ އަލި ހަންގަޑަށް އެޅުމުން ވިޓަމިންޑީ ހަށިގަނޑުގައި އުފައްދައިދެއެވެ.
 

ދުވާލަކު 2މިލިގްރާމްގެ ވިޓަމިންއީ ހަށިގަނޑަށް ބޭނުންވެއެވެ. ނާރުތަކާއި ގުޅޭ ނިޒާމްގެ ބައިތައް އުފެދި ބޮޑުވުމަށް މިއީ ބޭނުންތެރި މާއްދާއެކެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތައް އަަދި ފުއްޕާމޭ އުފެދިބޮޑުވުމަށް މިއީ ވަރަށް މުހިއްމު މާއްދާއެކެވެ. ވިޓަމިންއީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ގޮދަން، ފެހިފަތް، ތަރުކާރީ، ބަދަން، އަދި ތަރުކާރީ ތެޔޮ ހިމެނެއެވެ. 
ވިޓަމިންއީ ގިނަވުމުން ވަރުބަލިވުން، ބޮލުގައި ރިހުން، މަސްތަކުގެ ބާރު ދެރަވުން، ލޮލުގެ ފެނުން ކޮށިވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ.

ހަށިގަނޑުގެ އެކިއެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންވާ މާއްދާއެއް ކަމުގައިވާ  ހިމަގްލޯބިން(Hemoglobin) އުފައްދަނީ ދަގަނޑުންނެވެ. ކަށިތަކާއި، ދަތްތައް ހެދިބޮޑުވުމަށް ވެސް ދަނގަޑު އެހީތެރިވެދެއެވެ. ދަގަނޑު މަދުވެއްޖެނަމަ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ލޭމަދުވުމުގެ އަލާމާތްތައް ނުފެނިދާނެއެވެ. ނަމަވެސް އަނެއްބައިމީހުންނަށް ލޭމަދުވުމުގެ ސަބަބުން އާދަޔާޚިލާފަށް ވަރުބަލިކަން އިހްސާސްވާގޮތް ވެއެވެ. 
ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދުވާލަކު 1ނުވަތަ 2ފަހަރު އަޔަން ސަޕްލިމެންޓްސް(ދަގަނޑު) ބޭނުންކުރެވިދާނެއެވެ. ހަމަމިއާއެކު ދަގަނޑު ހިމެނޭ ބާވަތްތައް ކެއުމުގައި ބޭނުންކުރެވިދާނެއެވެ. ދުވާލަކު 30މިލިގްރާމްގެ ދަގަނޑު މާބަނޑު އަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. 
ދަގަނޑު އެކުލެވޭ ބާވަތްތަކުގެ ތެރޭގައި އަލުވި، ހިކިމޭބިސްކަދުރު، ފެހިކަންގަދަ ތަރުކާރީ، އެއްގަމު މަހުގެ ބާވަތްތައް، އަޔަން ފޯޓިފައިޑް ސެރެލްސް ހިމެނެއެވެ.

ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަމަމިހެން ނާރުތަކާއި މަސްތަކުގެ ވަޒީފާ ފުރިހަމަކުރުމަށް ވެސް ކެލްސިއަމް އަކީ މުހިއްމު މާއްދާއެކެވެ.މާބަނޑުމީހަކަށް ދުވާލަކު 1200އާއި 800މިލިގްރާމްއާއި ދެމެދުގެ މިންވަރަކަށް ކެލްސިއަމް ބޭނުންވެއެވެ. 
ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި، ކިރު އެކުލެވޭ ބާވަތްތައް، ފެހިކަންގަދަ ތަރުކާރީ، ހިކިބީންސް، ބަދަން، ސީޑްސް، އަދި ބައެއް ބާވަތްތަކުގެ މަސް ހިމެނެއެވެ.

މާބަނޑު އަންހެނާ ދުވާލަކު 7މިލިގްރާމްގެ ޒިންކް ބޭނުންވެއެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގެ ގުނަވަންތަކާއި ނާރުތަކާއި، ހިތާއި ލޭހޮޅި އެކުލެވޭ ނިޒާމް އުފެދި ފުރިހަމަވުމަށް އެހީތެރިވެއެވެ. ޒިންކް އެކުލެވޭ ކާނާގެ ތެރޭގައި ގެރިމަހާއި ކަނޑުމަސް ހިމެނެއެވެ. 

މާބަނޑު އަންހެނަކަށް ދުވާލަކު 1.2މިލިގްރާމްގެ ކޮޕަރ ބޭނުންވެއެވެ. ހިތާއި، ލޭހޮޅިތަކާއި، ނާރުތަކާއި، ކަށިތައް އުފެދި ފުރިހަމަވުމުގައި ކޮޕަރ އޭގެ ދައުރު އަދާކުރެއެވެ. ކޮޕަރ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަނބު، ބީންސް، އަދި ލެންޓިލްސް ހިމެނެއެވެ. 

ނާރުތަކާއި މަސްތަކުގެ މަސައްކަތް ފުރިހަމަކުރުމުގައި ޕޮޓޭޝިއަމް އެހީތެރިވެދެއެވެ. ޕޮޓޭޝިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ޕްރޫން ޖޫސް، ހިކިމޭބިސްކަދުރާއި، އެޕްރިކޮޓް ހިމެނެއެވެ. އާދައިގެ ގޮތެއްގައި ކޮންމެ މީހެއްގެ ހަށިގަނޑަށް ދުވާލަކު 3500މިލިގްރާމްގެ ޕޮޓޭޝިއަމް ބޭނުންވެއެވެ. ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް ޕޮޓޭޝިއަމް ބޭނުންވާ މިންގަޑަށް ބަދަލެއް ނާދެއެވެ. 

ދަތްތަކާއި ކަށިތައް ވަރުގަދަކޮށް، ލޭގަނޑުވުމުގައި އެހީތެރިވެދެއެވެ. ބައެއް ބާވަތުގެ މަހާއި، ބީންސް، އަދި ކިރުގައި ފޮސްފަރަސް އެކުލެވެއެވެ. އާދައިގެ ގޮތެއްގައި ކޮންމެ މީހެއްގެ ހަށިގަނޑަށް ދުވާލަކު 550މިލިގްރާމްގެ 
ފޮސްފަރަސް ބޭނުންވެއެވެ. ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް ފޮސްފަރަސް ބޭނުންވާ މިންގަޑަށް ބަދަލެއް ނާދެއެވެ. 

މާބަނޑު އަންހެނާއަށް ދުވާލަކު 270މިލިގްރާމްގެ މެގްނީޒިއަމް ބޭނުންވެއެވެ. މެގްނީޒިއަމްް ދަތްތަކާއި، ކަށިތައް ވަރުގަދަކޮށް، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރެއެވެ.އަދި ހަލާކުވެފައިވާ ޓިޝޫތައް ރަގަޅުކުރުމުގައި ވެސް މެގްނީޒިއަމް ބައިވެރިވެއެވެ. މެގްނީޒިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ރަތް ހަނޑުލާއި، ބަދަން، އަދި ސްޕިނެޗް ހިމެނެއެވެ.
 

މާބަނޑު އަންހެނާއަށް ދުވާލަކު 140މައިކްރޯގްރާމްގެ އަޔޮޑިން ބޭނުންވެއެވެ. އަޔޮޑިން ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ކޮންޓްރޯލްކުރުމުގެ އިތުރުން، ނާރުތައް ހިމެނޭ ނިޒާމް އުފެދި ފުރިހަމަވުމަށް އެހީތެރިވެދެއެވެ. އަޔޮޑިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހާއި، ކިރާއި، ޔޯގަޓާއި، ޗީޒް ފަދަ ބާވަތްތައް ހިމެނެއެވެ.

މިއީ ޚާއްޞަގޮތެއްގައި ބަލިވެއިނުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު އެންޓިއޮކްސިޑެންޓް އެކެވެ. ސެލްތައް ރައްކާތެރިކޮށްދީ ނަސްލުއުފެއްދުމަށް މިއީ ބޭނުންތެރި މާއްދާއެކެވެ. ދުވާލަކު 60މައިކްރޯގްރާމް ބަލިވެއިނުމުގެ ކުރިން ހަށިގަނޑަށް ބޭނުންވެއެވެ. 

މި 3 މައުދަން އަކީ ދުވާލަކު ވަކިވަރެއް ބޭނުންވާ ބާވަތްތަކެއް ނޫނެވެ. ފުލޮރައިޑް ބޭނުންވަނީ ދަތްތައް އުފެދެން ފަށާ ދުވަސްވަރު އެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ދަތްތައް އުފެދެން ފަށަނީ 3ވަނަ މަހުގެ ތެރޭގައެވެ. މީގެ އިތުރުން ކިރުބޯ ދަތްތަކާއި، އަދި ދާއިމީކޮށް ފަޅާ ދަތްތައް ފުރިހަމަވުމަށް ވެސް ފުލޮރައިޑް އެހީތެރިވެދެއެވެ. ފުލޮރައިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފުލޮރިން ފޯރޓިފައިޑް ފެން، އާފަލް ފަދަ ތަކެތި ހިމެނެއެވެ. 
ކްރޯމިއަމް ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް، ޓިޝޫތައް ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީން އުފެއްދުމަށް ބާރު އަޅައެވެ. ޕާން، އަދި ތެލުލިކުކުޅުގައި ކްރޯމިއަމް އެކުލެވެއެވެ. 
މެންގަނީޒް ކަށިތަކާއި، ޕެންކްރިއާސް އުފެދި ފުރިހަމަވުމަށް އެހީތެރިވެދެއެވެ. ފެޓް އަދި ކާބޯހައިޑްރޭޓްސް އުފެދުމަށް ވެސް މެންގަނީޒް އެހީތެރިވެދެއެވެ. މެންގަނީޒް ރަތްހަނޑުލާއި، ކަޅު ބީންސްގައި ހިމެނެއެވެ.




#Article 105: އަލްޓްރާ ސައުންޑް (451 words)


އަލްޓްރާ ސައުންޑް އަކީ އަޑުގެ ރާޅުބާނި(Sound waves)ތަކެއްގެ ސިފައިގައި ބޭނުންކުރެވޭ ބާރު ނުވަތަ ހަރަކާތެކެވެ. މިބުނި އަޑުގެ ރާޅުބާނިތައް ދައުރުވަނީ އިންސާނުންގެ ކަންފަތަށް އިވޭވަރަށް ވުރެ މާބާރު ފްރެކްއެންސީއެއްގައެވެ. މިއަޑުގެ ރާޅުބާނިތައް އެތެރޭގެ ގުނަވަންތަކުގައި ޖެހިފައި އައުމުން ސްކޭނަރއިން ރީޑްކޮށްދެއެވެ. މިއާއެކު އެތެރެހަށީގެ ގުނަވަންތަކުގެ ސޫރައެއް ސްކޭނަރގައި އުފައްދައިދެއެވެ. މާބަނޑު ދުވަސްވަރު އެކްސް-ރޭ(X-ray)ގެ ބަދަލުގައި އަލްޓްރާ ސައުންޑް ބޭނުންކޮށް އުޅެއެވެ. އެއީ އަލްޓްރާ ސައުންޑް އެކްސްރޭ އަށްވުރެ މައިމީހާއާއި، ކުޑަދަރިފުޅަށް ރައްކާތެރި އެއްޗަކަށް ވާތީއެވެ. 

ރިއަލްޓައިމް އަލްޓްރާ ސައުންޑް(Real time ultrasound) އަކީ އެންމެ އާންމުކޮށް ބޭނުންކުރެވޭ އަލްޓްރާ ސައުންޑްގެ ވައްތަރެވެ. މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރުމުން ކުޑަދަރިފުޅުގެ ހިތުގެ ތެޅުމާއި، އަތްފައިގެ ހަރަކާތްތަކާއި، އަދި ހަށިގަނޑުގެ އެހެނިހެން ހަރަކާތްތައް ދައްކައިދެއެވެ. އަލްޓްރާ ސައުންޑް އިން އުފައްދައިދޭ މިސޫރަތަކުން ކުއްޖާ ބޮޑުވަމުން އަންނަގޮތާއި، ރަހިމުގައި އޮތްކުދިންގެ އަދަދާއި، ޕްލެސެންޓާގެ ތެރޭގައި ކުއްޖާ އޮތް ހިސާބު ދައްކައިދެއެވެ. 
ޑޮޕްލާރ އަލްޓްރާ ސައުންޑް(Doppler ultrasound)އަކީ ވެސް ބޭނުންކޮށްއުޅޭ ވައްތަރެކެވެ. މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރުމުން އަޑުއިވޭ ސިގްނަލްތަކެއް ގެނެސްދެއެވެ. އަޑުގެ ރާޅުބާނިތައް ރެފްލެކްޓްވުމުން މި ސިގްނަލްތައް ކުޑަދަރިފުޅުގެ ހިތުގެ ވިންދުގައި ހުންނަ ކަރަންޓް ސިގްނަލްތަކަކަށް ބަދަލުކޮށްލައެެވެ. މި ސިގްނަލްތައްް އެމްޕްލިފައިޑް ކުރުމުން މައިމީހާއަށް ކުޑަދަރިފުޅުގެ ހިތުގެ ވިންދުޖަހާ އަޑު އެހިދާނެއެވެ. 

ބަލިވެއިންނަ ކޮންމެ އަންހެނަކަށް އަލްޓްރާ ސައުންޑް އަކ ީއެހާ މުހިއްމު އެއްޗެއް ނޫނެވެ. އަލްޓްރާ ސައުންޑް ގެ ބޭނުން ކުރަން ޖެހޭ ނަމަ އެކަން ޑޮކްޓަރުން ބުނެދެއްވާނެއެވެ. އެހެން ބައެއް ޓެސްޓްތަކުން ހޯދައިނުދޭ މައުލޫމާތު ތަކާއި ކަންތައްތައް އަލްޓްރާ ސައުންޑްގެ އެހީގައި ދެނެގަނެވެއެވެ. ގިނަ ހާލަތްތަކުގައި އަލްޓްރާ ސައުންޑް ބޭނުން ކުރެވެނީ ކަމެއް ދެނެގަތުމަށާއި، ކަމަކަށްދެވޭ ފަރުވާއެއްގެ ގޮތުންނެވެ. ބަލިވެއިނުމުގެ ތަފާތު މަރުހަލާތަކުގައި ހަށިގަނޑު ރަގަޅަށް ބަލައި ޗެކްކުރުމަށްޓަކައި މާބަނޑު ދުވަސްވަރު ތަކުރާރުކޮށް އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. 
ރަހިމުގެ ތެރޭގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަ ގޮތް އަލްޓްރާ ސަައުންޑްގެ އެހީގައި ބެލެވެއެވެ. މިކަމުގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުނިކަމެއް ހުރިނަމަ އެކަން ދައްކައިދެއެވެ. 
އަލްޓްރާ ސައުންޑްގެ އެހީގައި ކުޑަދަރިފުޅާއި ބެހޭގޮތުން އަންނަނިވި ކަންތައްތައް ދެނެގަނެދިވިދާނެއެވެ.
(ހ) ކުއްޖާގެ އުމުރު
(ށ) ކުއްޖާގެ އުމުރާ އަޅާބަލާއިރު ބަރުދަން ހުރިގޮތް
(ނ) ބޮޑުވަމުން އަންނަ ނިސްބަތް 
(ރ) މަސް އޮތްތަން 
(ބ) ކުއްޖާގެ ހިތުގެތެޅުން، ނޭވާލުން، ހަރަކާތްތައް 
(ޅ) ރަހިމުގައި އެމްނިއޯން ދިޔަ ހުރި މިންވަރު 
(ކ) ކުދިންގެ އަދަދު 
(އ) ކުއްޖާގެ ހަށިގަނޑުގައި އުފެދޭ އުނިސިފަތައް 

ހިތާއި، އަތްފަޔާއި،މޭމަތި،ބަދަތަކާއި، ބޮލުގައި އުފެދޭ އުނި ސިފަތައް ދެނެގަތުމަށްޓަކައި ބޭނުންކުރެވެނީ މާ ފުރިހަމަ އަލްޓްރާ ސައުންޑް ޓެސްޓްތަކެވެ. 
ޑޮޕްލަރ އަލްޓްރާ ސައުންޑް ބޭނުންކުރެވެނީ ވިހެއުމުގެ ކުރިންނާއި، ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހިތުގެތެޅުން ހުރިނެތްގޮތް ދެނެގަތުމަށެވެ. ކުއްޖާގެ ހިތުގެ ތެޅުން ނުވަތަ ވިންދުން އެކުއްޖާގެ ދުޅަހެޔޮކަން އަންގައިދެއެވެ. ރަހިމުގެ ލޭހޮޅިތަކާއި، ކުޑަދަރިފުޅުގެ ހަށިގަނޑާއި، އަމްބްލައިކަލް ކޯޑްގައި ލޭހިގުން ހުރިމިންވަރު ދެނެގަތުމަށް ވެސް މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. 
ވެޖައިނަލް އަލްޓްރާ ސައުންޑް މާބަނޑު ދުވަސްވަރު އުފެދޭ ރިހުމާއި، ބޭރުވާ ލޭގެ އަސްލު ދެނެގަތުމަށް ބޭނުން ކުރެވެއެވެ. ހަމަމިހެން ރަހިމުން ބޭރުގައި ކުއްޖާ އަށަގަތުން(Ectopic pregnancy) ފަދަ ކަންތައްތައް ދެނެގަތުމަށް ވެސް މިވައްތަރުގެ އަލްޓްރާ ސައުންޑް ބޭނުންކުރެވެއެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުއްޖާގެ ހަށިގަނޑުގައި އުފެދޭ އުނިސިފަތައް ދެނެގަތުމަށް ވެސް މިއީ މުހިއްމު ޓެސްޓެކެވެ. 

 
އަލްޓްރާ ސައުންޑް ސްކޭން ޓެސްޓް ހެދުމަށްޓަކައި ގަޔަށް ފަސޭހަ ހެދުމެއްލާށެވެ. ޓްރާންސް ވެޖައިނަލް އަލްޓްރާ ސައުންޑް ސްކޭން ހަދާނަމަ އުނަގަނޑުން ތިރި ހެދުން ބޭލުމަށްފަހު ހަމައެކަނި ފޮތިގަނޑަކުން ފޮރުވާލުމަކީ ރަގަޅު ކަމެކެވެ. 
ބައެއް ޓެސްޓްތަކުގައި ފުރިފައިވާ މަސާނާ ޓެސްޓްކުރަން ބޭނުންވެއެވެ. މިފަދަ ހާލަތުގައި ޓެސްޓްހެދުމުގެ އެއްގަޑި އިރު ކުރިން ދެތިން ތަށި ފެންބުއިމަށް އިރުޝާދު ދެވެއެވެ. އަދި ޓެސްޓްހެދުމުގެ ކުރިން ކުޑަކަމުނުދިއުމަށް ވެސް ލަފާދެއެވެ. މަސާނާ ފުރިފައި ހުރިނަމަ ޕެލްވިސްގައިވާ ގުނަވަންތައް ސްކޭނަރުން ދައްކައިދިނުމުގައި އެހީއަކަށް ވެއެވެ. މިގޮތަށް ޓެސްޓް ހެދުމުގެ ތެރޭގައި ދިމާވާ ހަމައެކަނި އުދަގުލަކީ މަސާނާ ފުރިފައި ހުރިކަމުގެ އިހްސާސްވުމެވެ. 
އަލްޓްރާ ސައުންޑް ބޭނުންކޮށްގެން ހެދޭ ގިނަ ޓެސްޓްތަކުގައި ބަލިމީހާ އުއްޑުން މޭޒެއްގެ މަތީގައި ބާއްވައެވެ. އެއަށްފަހު މޭމަތިން ފެށިގެން ފިދުމަސްގަނޑާއި ހަމައަށް ހާމަކުރެވެއެވެ. އެއަށްފަހު ދިޔާ ޖެލްއެއް ބަނޑުމަތީގައި އުގުޅެއެވެ. މީގެ ބޭނުމަކީ ޓްރާންސްޑިއުސަރ(Transducer)އާއި، ހަމުގެ ގުޅުން ރަގަޅުކުރުމެވެ. އެއަށްފަހު ޓްރާންސްޑިއުސަރ ބަނޑުމަތީގައި ހަރަކާތްކުރެވެއެވެ. ޓްރާންސްޑިއުސަރ އިން ފޮނުވާ އަޑުގެ ރާޅުބާނިތައް ހަށިގަނޑަށް ވަނުމަށް ފަހު އެތެރެހަށީގެ ގުނަވަނެއްގައި ޖެހުމުން ރިފްލެކްޓްވެއެވެ. މިގޮތަށް ރިފްލެކްޓްވުމުން ކުއްޖާގެ ނުވަތަ އެގުނަވަނެއްގެ ސޫރަ ސްކޭނަރަށް ނަގައިދެއެވެ. 




#Article 106: ބަލިވެ އިނުން ވިހަވުން (397 words)


ބަލިވެއިނުން ވިހަވުން() އަކީ ބަލިވެ އިންތާ 20 ވަނަ ހަފްތާގެ ފަހުން ލޭމައްޗަށްދިއުން މެދުވެރިވުމެވެ. 
ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުން() ނުވަތަ ބަލިވެއިނުން ވިހަވުން ކަމުގައި ބެލެވެނީ ބަލިވެއިންނަތާ 20ވަނަ ހަފްތާގެ ފަހުން ލޭގެ ޕްރެޝަރ މައްޗަށްދިއުމަށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ފެންޖަމާވެ، ކުޑަަކަމުދާތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަވާނެ އެވެ. 
ބަލިވެއިނުން ވިހަވުމުގެ ނުރައްކާތެރި ހާލަތްތަކުގައި މައިމީހާގެ ލެޔާއި، ގުރުދާއާއި، ސިކުނޑިއާއި، އެހެނިހެން ގުނަވަން ތަކަށް އެކަމުގެ އަސަރު ފޯރައެވެ. މިކަމުގެ ސަބަބުން ވަރުން މަދުން ނަމަވެސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. މިކަމުގެ ސަބަބުން ކޮންވަލްޝަން(Convulsion)ގެ ހާލަތަށް ގޮސްފިނަމަ އެކްލެމްސިއާ() އޭކިޔައެވެ. ކޮންވަލްޝަންގެ މާނައަކީ ހަށިގަނޑުގެ މަސްތައް ތިމާގެ ބާރަކާއިނުލައި ކޮންޓްރެކްޓް ވުމެވެ. 

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ކަނޑައެޅިގެން ވަކި ސަބަބަކާއި ގުޅިގެންކަން އަދި ހޯދިފައެއް ނުވެއެވެ. ކޮންމެ %8އިންސައްތަ މާބަނޑު އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. އާންމުގޮތެއްގައި މިމައްސަލަ ކުރިމަތިވަނީ އަލަށް ބަލިވެއިންނަ ފަހަރުގައެވެ. އުމުރުން 25އަހަރުވުމުގެ ކުރިން ބަލިވެއިންނަ މީހުންނާއި، އުމުރުން 35ވުމަށް ފަހު ބަލިވެއިންނަ މީހުންނަށް ވެސް މިމައްސަލަ ކުރިމަތިވެއެވެ. އާންމުކޮށް ލޭގެ ޕްރެޝަރ މައްޗަށްދިއުމުގެ މައްސަލަ ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ގުރުދާގެ ބަލިތައް ހުންނަ މީހުންނާއި، އެއްކުއްޖަކަށް ވުރެ ގިނަކުދިން ބަނޑުގައިވާ މީހުންނަށް ބަލިވެ އިނުން ވިހަވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑެެވެ. 

ބަލިވެއިނުން ވިހަވުން އާދައިގެ ވަރެއްގައި ހުރިނަމަ އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިވެއިނުމަށް ފަހު ޑޮކްޓަރަށް ދައްކާ ފަހަރެއްގައި ރަގަޅަށް ޓެސްޓްކޮށް ހަށިގަނޑު ޗެކްކުރާށެވެ. ބަލިވެއިނުން ވިހަވުން ފަދަ ކަމެއް ހުރިނަމަ އެކަން ޑޮކްޓަރުން ހާމަކޮށްދޭނެއެވެ. 
އާދައިގެ ވަރެއްގައި ބަލިވެއިނުން ވިހަވުމުގެ މައްސަލަ ހުރިނަމަ އަންނަނިވި އަލާމާތްތައް ފެނިދާނެއެވެ.
(ހ) ލޭގެ ޕްރެޝަރ މައްޗަށް ދިއުން 
(ށ) ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުރުން 
(ނ) ހަށިގަނޑުގައި ފެން ޖަމާވުން(Water retension/edema) 
ނަތީޖާއެއްގެ ގޮތުން ފަޔާއި،ފައިތިލަ އަތާއި މޫނު ދުޅަވެ ފޮއްސިވުމަކީ ވެދާނެކަމެކެވެ. 
ނުރައްކާތެރި ހާލަތެއްގައި ބަލިވެއިނުން ވިހަވުމުގެ މައްސަލަ ހުރިނަމަ ކުރިން ބަޔާންކުރެވުނު އަލާމާތްތަކުގެ އިތުރުން އަންނަނިވި އަލާމާތްތައް ފެނިދާނެއެވެ. 
(ހ) ބޮލުގައި ރިހުން 
(ށ) ލޮލުގެ ފެނުމަށް ބަދަލުއައުން 
(ނ) މޭނުބައިކުރުމާއި ހޮޑުލެވުން 
(ރ) ބަނޑުގެ މަތިން ކަނާތްފަރާތުގައި ރިއްސުން 
(ބ) ނޭވާ ކުރުވުން 
(ޅ) ކޮންމެވެސް ވަރަކަށް ހޭވެރިކަން ގެއްލުން .

ބަލިވެއިނުމަށް ފަހު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ލޭގެ ޕްރެޝަރ ޗެކްކޮށް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ޑޮކްޓަރުން ލަފާދޭނެއެވެ. ބަލިވެއިނުން މައްސަލަ ހުރިތޯ ޔަގީންކުރުމަށް ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހެއެވެ. ފުރަތަމަ ހަދާ ޓެސްޓްތަކުން ބަލިވެއިނުން ވިހަވުމުގެ މައްސަލަ ހުރިކަމަށް ޝައްކުކުރެވޭނަމަ ލޭގެ އިތުރު ޓެސްޓްތައް ހަދަން ޖެހެއެވެ. 

ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާނަމަ ވީވަރަކުން އަރާމުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެއޮތުމަކީ ރަގަޅު ކަމެކެވެ. ބަރާބަރަށް ޑޮކްޓަރަށް ދައްކައި ލޭގެ ޕްރެޝަރ ޗެކްކުރަން ހަދާންކުރާށެވެ. 
މިކަމުގެ ސަބަބުން ކުރިމަތިވާ އަލާމާތްތައް އިތުރުވެ، ނުރައްކާވާ ހާލަތުގައި ހޮސްޕިޓަލުގައި އެދުމަތި ކުރަންޖެހެއެވެ. ބައެއްފަހަރު ލޭގެ ޕްރެޝަރ ތިރިކުރުމަށް ބޭސް ދީއުޅެއެވެ. ނަމަވެސް މިފަދަ ހާލަތުގައި ރަގަޅުވާނީ ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި ގުޅިގެން ފެންނަ އުދަގޫތަކެވެ. މިކަމުގެ ސަބަބުން އަވަހަށް ވިހަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ބަލިވެއިނުން ވިހަވުމުން ދިމާވާ އުދަގޫތަކުގެ އަސަރު ވިހެއުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިދެއެވެ. 
ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހެނީ ކޮންހާލަތެއްގައި ؟
އަންނަނިވި ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާށެވެ.

ޔަގީންކަމާއި އެކު ބަލިވެއިނުން ވިހަވުމުން ރައްކާތެރިވާނޭ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުމަށް އެހީވެދޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. މީގެތެެރެއިން ބައެއް ކަންތަތަކީ ކޮންޓްރޯލް ކުރެވިދާނެ ކަންތައްތަކެވެ. އަނެއްބައި ކަންތައްތަކަކީ ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކެވެ. ޑޮކްޓަރަކާއި މަޝްވަރާކުރުމަށްފަހު ދެއްވާ ލަފަޔާއި އެއްގޮތަށް ކެއުން ބަދަލުކުރާށެވެ. އަދި ބަރާބަރަށް ކަސްރަތު ކުރަން އާދަކުރާށެވެ. 
ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުން ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަށް ހަދާންކުރާށެވެ. 




#Article 107: ދަރަނބޫދޫ (ފ. އަތޮޅު) (492 words)


މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ކައިރީގައި އޮންނަ އަދި އަތޮޅުގެ  އާބާދީ އެންމެ މަދު ރަށެވެ. މިރަށަކީ ފަސްގަނޑު އުސް ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ. މިރަށުގެ މީހުން 1969ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް  ބަދަލުކުރައްވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން އެއިރު އެރަށުގައިތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. 34 މީހުން މަގޫދޫއަށް ނުގޮސް އެރަށުގައި ތިއްބެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި އެރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން  1977 ވަނަ އަހަރު  އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ. 

ދަރަނބޫދޫ އަކީ އަތޮޅުގައި އޮތް ބިމުގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ރަށެވެ. އާބާދީގެ ގޮތުން އެންމެ މީހުން މަދު ރަށް ވެސް މެއެވެ. އަދި ވެރިރަށް ނިލަންދޫ އާއި އެންމެ ކައިރީގައި އޮތް ރަށެވެ. ދިގުމިނުގެ ގޮތުން އަތޮޅުގައި އޮތް އެންމެ ދިގު ރަށެވެ. ދިގުމިނުގައި 1300 މީޓަރު ހުރެއެވެ ފުޅާމިނުގައި 400 މީޓަރު ހުރެއެވެ. މިރަށަކީ ފަސްގަނޑު އުސް ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ.

ދަރަނބޫދޫގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމާއި، އަދި ފާނައިގެ މަސްވެރިކަން، ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކާއި، މާލޭގެ އެކި އެކި ވަޒީފާތަކުގައި ވެސް ދަރަނބޫދޫ މީހުން އުޅޭކަން ފާހަގަ ކުރެވެއެވެ. ރަށުގައި އާމްދަނީ ހޯދުމުގެ ވިޔަފާރި ހިންގުމުގެ މަސައްކަތް މަދު ބަޔަކު ނަމަވެސް ކޮށް އުޅެއެވެ. 
ދަރަނބޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ.  މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

ރާއްޖެތެރޭގައި ރައްޔިތުން ހިންގަމުން ދިޔަ ސްކޫލްތައް ސަރުކާރުގެ ތަންތަނަށް ބަދަލުކުރުމާއި ހަމައަށް ދަރަނބޫދޫ ސްކޫލް ހިންގާފައިވަނީ ރައްޔިތުންނެވެ. އަދި އެދުވަސްވަރުގެ ތެރޭގައި މިސްކޫލްގައި ކިޔަވާދެވިފައިވަނީ ގްރޭޑް 7 އާއި ހަމައަށެވެ. ދަރަނބޫދޫ ސްކޫލްގައި ސާނަވީ ތަޢުލީމް ތަޢާރަފް ކުރެވިފައިވަނީ 2005 ވަނަ އަހަރު އެވެ. އެހެން ކަމުން އަދި މިސްކޫލްގެ ފަރާތުން ޖީސީ އޯލެވެލްގައި އަދި ބައިވެރިވެފައެއް ނުވެއެވެ. އަދި މިސްކޫލްގައި ކިޔަވައިދެވެނީ ހަމައެކަނި ކޮމާރސް ސްޓްރީމަށެވެ.

ދަރަނބޫދޫގައި ހެލްތު ޕޯސްޓެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރު ވެސް ދަރަނބޫދޫ ގައި ފެމިލީ ހެލްތު ވޯކަރެއް މަސައްކަތް ކުރައްވައެވެ. ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް ދޭން ފުރަތަމަ ފަށާފައިވަނީ އަމިއްލަ ފަރާރަކުންނެވެ. ދަރަބޫދޫގައި މިހާރު ޞިއްޙީޚިދުމަތް ދެމުންގެންދަނީ ދަރަނބޫދޫ ހެލްތް ޕޯސްޓް ގައެވެ. ކުރިން ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ޢާއިލާގެ އެހީތެރިޔަކު މެދުވެރިކޮށް ދަރަނބޫދޫ އޮފީހުގައި 02 އޯގަސްޓް 1983 ން ފެށިގެންނެވެ. ދަރަނބޫދޫގައި ޞިއްޙީ ޚިދުމަތް މިހާރު ދެމުންދާ ޢިމާރާތަކީ ރައްޔިތުންގެ އިޖުތިމާޢި މަރުކަޒެވެ. އެރަށުގައި ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި މިމަރުކަޒު ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށް ފެމިލީ ހެލްތް ސެކްޝަންގެ ނަމުގައި ޞިއްޙީ ޚިދުމަތް ދޭންފެށީ 2006 ވަނައަހަރުންގެ ފެށިގެންނެވެ.  ދަރަނބޫދޫގައި ސަރުކާރުން ޢިމާރާތް ކޮށްދެއްވާ ހެލްތްޕޯސްޓް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދެއެވެ.  ދަރަނބޫދޫ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ބޭސްހޯދައި ދިނުމުގެ ގޮތުން މިރަށުގެ ރައްޔިތުން ހިންގާ ބޭސްފިހާރައެއް ހުރެއެވެ.

ސަރުކާރުގެ ފަރާތުން ދާދިފަހުން ވަނީ ފަޅުކޮނުމުގެ މަޝްރޫޢު ފައްޓަވާފައެވެ. އަދި ފަޅުކޮނެ ނިމުމުން ދަރަނބޫދޫ އަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުވެ، ދަރަނބޫދޫގެ ރައްޔިތުންނަށް ފަސޭހަ ތަކެއް ލިބިގެންދާނޭ ކަމަށް އުއްމީދު ކުރެވެއެވެ. ދަރަނބޫދޫއަކީ ފަޅުގެ ދަތިކަންބޮޑު ލަފާފުރުންދަތި ރަށަކަށްވުމާއިއެކު އެރަށުގައި ސަރުކާރުން ހައްދަވަމުން ގެންދަވާ ބަނދަރުގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ. މިބަނދަރުގެ މިސައްކަތްފެށީ 26 ޖުލައި 2006 ގައެވެ. ބަނދަރުގެ ބޮޑުމިނަކީ 175 × 315 ފޫޓެވެ.

މިރަށުގައި އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ ރައްޔިތުންގެ ގޮތުން 16 ނޮވެމްބަރ 1984 ގައެވެ. އޭރު ކަރަންޓް ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ހަވީރު  6:00 ން ރޭގަނޑު 11:00 އަށެވެ. ރައްޔިތުންނަށ ދެމުންދިޔަ ޚިދުމަތް އިތުރަށް ފުޅާކޮށް 1996 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުން ދެއެވެ. 

މިހާރު ދަރަނބޫދޫ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. ދަރަނބޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވިފައިވަނީ 12 ނޮވެމްބަރ 1992 ގައެވެ. އޭގެ ކުރިން ދަރަނބޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ އާދައިގެ ގޮތަކަށްހަދާފައިވާ އެރަށުގެ ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު އެރަށު ކޯޓުވެސް ހުންނަނީ އެ ޢިމާރާތުގައެވެ.

 




#Article 108: ފީއަލި (ފ. އަތޮޅު) (637 words)


ފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ.މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ލަނގިރި، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ. 

ފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ. އަދި މިއީ މީހުން އުޅޭ އެހެން ރަށްތަކާއި ޚާއްޞަކޮށް ވެރިރަށް ނިލަންދޫ އާއި އެންމެ ދުރުގައި އޮތް މީހުން އުޅޭ ރަށްވެސް މެއެވެ. ބިމުގެ ބޮޑުމިނުގެ ގޮތުން އެންމެ ކުޑަ ރަށަކީ ވެސް މިއީ އެވެ. މި ރަށަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދުއާއި އެންމެ ދުރުގައި އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެކުޑަ ރަށެވެ.

ފީއަލީގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަމުގައި ފީއަލީ މީހުން ހަރަކާތްތެރި ވެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކުގަޔާއި، މާލޭގެ އެކިއެކި ވަޒީފާތަކުގައި ވެސް ފީއަލީ މީހުން އުޅޭކަން ފާހަގަ ވެއެވެ. ރަށުގައި ސައިހޮޓާ ހިންގުން، ވިޔަފާރި ހިންގުން ފަދަ މަސައްކަތްތަކުގައި ވެސް މަދު ބަޔަކު ނަމަވެސް ހަރަކާތްތެރި ވެއެވެ.

މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.

މިރަށަކީ މިއަތޮޅުގެ އެންމެ އޮޑި ދޯނިފަހަރު ގިނަ ފަޅުގެ ދަތިކަން ބޮޑު ރަށަކަށް ވުމާއިއެކު މި ރަށުގައި 200×300 ފޫޓުގެ  ބަނދަރެއް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. 10 ޖުލައި 2007 ގައި މަސައްކަތް ފެށި މިބަނދަރަކީ ރަނގަޅު ފެންވަރަކަށް ސަރުކާރުން ހައްދަވާ ދެއްވާ ބަނދަރެކެވެ. މިރަށަކީ އޮޑި ދޯނިފަހަރު ގިނަ ރަށަކަށް ވުމާއިއެކު، ބަނދަރު 250× 500 ފޫޓަށް ބޮޑު ކުރުމަށްޓަކައި ބަނދަރަށް ބޮޑުކުރަންޖެހޭ ބައި މ. މާފަންނުވިލާ އަލްފާޟިލް ޤާސިމް އިބުރާހިމްގެ އެހީގައި ކުރެވޭތޯ މިރަށުގެ ރައްޔިތުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ފީއަލީ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. ފީއަލީ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވައި ދެއްވީ  11 ނޮވެމްބަރ 1992 ގައި އޭރުގެ އެޓޮލްސް މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބުރާހިމެވެ. މީގެ ކުރިން ފީއަލީ އޮފީސް ހިންގާފައިވަނީ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ކޯޓާއި ރަށްވެހިގެވެސް ހުރީ އެ ޢިމާރާތުގައެވެ

ފ.އަތޮޅު މަދަރުސާ ހުންނަނީ ފ.ފީއަލީގައެވެ. ފ.އަތޮޅު މަދަރުސާ އަކީ ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި ބިނާކުރެވުނު ސުކޫލު ތަކުގެ ތެރޭގައި ހިމެނޭ ސުކޫލެކެވެ. ފ.އަތޮޅު މަދަރުސާގައި ސާނަވީ ތަޢުލީމު ތަޢާރަފް ކުރެވި ކޮމާރސް ސްޓްރީމަށް ކިޔަވައިދެމުން ގެންދާތާ ގާތްގަނޑަކަށް 6 އަހަރު ވެދާނެއެވެ. 
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކޮށްދެއްވި އަތޮޅު މަދަރުސާ ހުންނަނީ ފީއަލީގައެވެ. މި މަދަރުސާ 4 މާރޗް 1982 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް މުޙަންމަދު ޒާހިރު ޙުސެއިނެވެ. އަތޮޅުމަދަރުސާގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ ގްރޭޑް 05 އަދި ގްރޭޑް7 ގެ ފެންވަރަށެވެ. 

އަތޮޅު މަދަރުސާ ޢިމާރާތް ކުރުމުގެ ކުރިން ފީއަލީގައި ތަޢުލީމު ދެމުން ގޮސްފައިވަނީ   މިރަށުގެ ރައްޔިތުން ފަނުންހަދާފައިވާ  މަދަރުސާއެއްގައި  ވަރަށް އާދައިގެ ގޮތަކަށެވެ. ފީއަލީގައި ޕްރީސްކޫލް ހިންގަމުން ދަނީ ފީއަލީގެ ޖަމްޢިއްޔާއެއް ކަމުގައިވާ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ޕްރީސްކޫލު ހިންގަމުން ދާތާ މިހާރު 12 ވަރަކަށް އަހަރު ވެދާނެއެވެ. މީގެ އިތުރުން މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ. 

ފީއަލީގައި ދާދި ފަހުން ވަނީ ޞިއްޙީ މަރުކަޒެއް ގާއިމް ކުރެވިފައެވެ. މިޞިއްޙީ މަރުކަޒު ޚިދުމަތް ދިނުމަށްޓަކައި މިހާރު ދާއިމީ ގޮތެއްގައި ޑަކްޓަރަކާއި 2 ނަރުހުން އަދި 1 ޕްރައިމަރީ ހެލްތު ކެއަރ ދޭނެ ފަރާތްތައް ޞިއްޙީ މަރުކަޒުގައި ތިބެއެވެ. މީގެ އިތުރުން ލެބޯޓަރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ދެވެން ފެށޭނެ ކަމަށް ވެއެވެ.
ފީއަލީގައި ޞިއްޙީޚިދުމަތް ދިނުމުގެ މަސައްކަތް ކުރިން ކުރަމުން ގޮސްފައިވަނީ ފަރުދީ ގޮތެއްގައި ދިވެހި ބޭސްވެރިއެކެވެ. ފީއަލީގައި ރަސްމީގޮތުން ޢާއިލާގެ އެހީތެރިންގެ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 02 އޯގަސްޓް 1983 ގައެވެ. 17 ސެޕްޓެމްބަރ 2003ގައި ފީއަލީ ހެލްތް ޕޯސްޓް ހުޅުވުމާއި ހަމައަށް މިޚިދުމަތް ދެމުން ދިޔައީ ފީއަލީ އޮފީހުގައެވެ. ފީއަލީގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ހެލްތުޕޯސްޓް ހުޅުއްވައިދެއްވީ އެއިރުގެ ހެލްތު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲއެވެ.

ފީއަލީގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި މިރަށު ޞިއްޙީމަރުކަޒުގައި ޑޮކްޓަރަކާއި ނަރުހުންގެ ޚިދުމަތް ލިބެމުން ދެއެވެ. އަދި މިމަރުކަޒުގައި އާދައިގެ ކުދި ބަލިތަކުގެ ޓެސްޓު ހެދޭނޭ ލެބޯރޓްރީއެއް ހުރެއެވެ. މީގެ އިތުރުން ތެސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތްވެސް މިހާރު މިމަރުކަޒުން ލިބެން ހުރެއެވެ. މިހާރު މިމަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތްވެސް ލިބެމުން ދެއެވެ. 

އެންމެފުރަތަމަ މިރަށުގައި ކަރަންޓްދޭން ފެށީ 1983 ވަނަ އަހަރުގެ ސެޕްޓެމްބަރ 18 ވަނަ ދުވަހު އަމިއްލަ ދެފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެދުވަސްވަރު ކަރަންޓުގެ ޚިދުމަތް  ލިބެމުންދިޔައީ  އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އަށެވެ. މިރަށުގައި ރައްޔިތުންގެ ގޮތުން ކަރަންޓްދޭން ފެށީ 08 އޯގަސްޓް 1999 ގައެވެ. އެއިރު އިރުއޮއްސި 6:00 ން ހެނދުނު 8:00 އަށް ދޭންފެށި ކަރަންޓްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ 01 ޖެނުއަރީ 2000 ގައެވެ. ފީއަލީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ރައްޔިތުން އިމާރާތް ކުރި އިންޖީނުގެ ކުޑަވެ ކަރަންޓު ދިނުމަށް ދަތިވާތީ ރަނގަޅު ފެންވަރުގެ އިންޖީނުގެއެއް ޢިމާރާތްކޮށް އެ ޢިމާރާތުގައި ކަރަންޓުގެ ޚިދުމަތްދޭންފެށީ 31 މާރޗް 2007 ގައެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން  ބޮޑަތި އެހީތަކެއް ވެދެއްވާފައި ވުމުގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީވެ ދެއްވާފައި ވެއެވެ.




#Article 109: މާވަށް (106 words)


މާވަށަކީ ހައްދުންމަތީގެ އެންމެ ހުޅަނގަށް އޮންނަ ރަށެވެ.ރަށް އޮންނަ މިސްރާބަކީ ލޮނގިޓިއުޑުން 73ދަރަޖަ 14 ދަގީގު 30ސާނިއާއެވެ. ލެޓިޓިއުޑުން 01 ދަރަޖަ 03 ދަގީގު 10 ސާނިއާއެވެ. މާވަށަށް ދެވިފައިވާ ރަމްޒަކީ O7 އެވެ. މާވަށުގެ ބޮޑުމިނަކީ 31.80 ހެކްޓަރެވެ. އެއީ ދިގުމިނުގައި 100މީޓަރު އަދި ފުޅާމިނުގައި 800 މީޓަރެވެ. ރާއްޖޭގެ ވެރިކަންކުރާރަށް މާލެއާއި މާވަށާއި ދެމެދު ހުންނަނީ 252.37 ކިލޯމީޓަރެވެ.

އާބާދީ:
މާވަށުގެ އާބާދީއަކީ 1676 އެވެ.އެއީ 18 އަހަރުން ދަށުގެ 333 ފިރިހެންކުދިންނާއި 315 އަންހެންކުދިންނާއި، 18 އަހަރާއި 65 އަހަރާ ދެމެދުގެ 472 ފިރިހެނުންނާއި 477 އަންހެނުންނާއި، 65 އަހަރުން މަތީގެ 43 ފިރިހެނުންނާއި 36 އަންހެނުންނެވެ.

އާމްދަނީ ހޯދުމަށް ކުރާމަސައްކަތް:
އާމްދަނީ ހޯދުމުގެ ގޮތުން ކޮށްއުޅޭ އެންމެ އާއްމު މަސައްކަތަކީ މަސްވެރިކަމެވެ. ( މީގެ ތެރޭގައި ބޮޑުކަންނެލީގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި މަސް ކައްކާ ހިއްކުމާއި ލޮނުމަސް އެޅުން ފަދަމަސައްކަތްތައް ކުރެއެވެ.) މީގެ އިތުރުންވެސް އިމާރާތްކުރުމާއި ވިޔަފާރިކުރުމާއި ރޯނުވެށުންފަދަ މަސައްކަތްތަށް ކުރެއެވެ.




#Article 110: ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން ) (287 words)


އެލިފައިވާ ބަގީޗާ ނުވަތަ ހެންގިންގ ގާރޑްންގެ ނަމުން ނަންދެވިފައިވާ މިބަގީޗާއަކީ ވެސް ދުނިޔޭގެ ޒަމާންވީ އަޖައިބުތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. މިބަގީޗާ އޮތް ކަމަށް ބެލެވެނީ އިރާގުގެ ބަޣުދާދުގެ 50 ކިލޯ މީޓަރު ދެކުނުން ފުރާތު ކޯރުގެ އައްސޭރީގައެވެ. 

މީގެ 4 ހާސް ވަރަކަށް އަހަރު ކުރިން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ރަސްކަމުގެ ވެރިރަށެއް ކަމުގައި ކަނޑައެޅިފައި ވަނީ އިރާގުގެ ބާބިލް އެވެ. އާޝޫރީން އަތުން ބަލިވެ، ބާބިލް އާޝޫރީންގެ ދަށަށް ދިއުމުން، ބާބިލްގެ ދެކުނުގެ ހިސާބުގެ ވެރިޔާ ފާރިސީންގެ ވެރިޔާއާއި އެއްބައިވެ، ދެބައިމީހުން ގުޅިގެން އާޝޫރީން ބަލި ކުރެއްވި އެވެ. އެއަށްފަހު ބާބިލްގެ ވެރިއަކަށް ބާބިލްގެ ދެކުނުގެ ވެރިއަކަށް ހުންނެވި ނަބޯޕޮލަސާރު އިސްކުރެވުނެވެ. 
އެއަށްފަހު ދެން ބާބިލްގެ ވެރިއަކަށް އިސްކުރެވުނީ އޭނާގެ ދަރިކަލުން ނަބޫޚަޛު ނަޞްރު2 އެކެވެ. އޭނާގެ ވެރިކަމުގައި ބާބިލްގެ ހިމާޔަތަށް އެރަށުގެ ވަށައިގެން ބޮޑު ފާރެއް ބިނާކުރެވުނެވެ. އަދި ފުރާތު ކޯރު ހުރަސް ކުރުމަށްޓަކައި ބޮޑު ފާލަމެއް ބިނާކުރެއްވި އެވެ. އަދި ރަސްކަން ހިންގުމަށް ބޮޑު ބިޔަ ވަރުގަދަ ގަނޑުވަރެއް ބިނާކުރެއްވި އެވެ. ނަބޫޚަޛު ނަޞްރުގެ ވެރިކަން ޢީސާގެ ފާނުގެ 605 އަހަރު ކުރިން ފެށިގެން 43 އަހަރަށް ދެމިއޮތެވެ. 

ކުރިން ބުނެވުނު ގަނޑުވަރުގެ ކައިރީގައި ފުރާތު ކޯރުގެ އައްސޭރި ފަށުގައި ނަބޫޚަޛު ނަޞްރު2 ބާބިލްގެ މަޝްހޫރު ހެންގިންގ ގާރޑްން ބިނާކުރެއްވި އެވެ. ބަގީޗާއެއްގެ ނަން ދީފައިވީ ނަމަވެސް މިއީ ބަގީޗާއި ޢިމާރާތްތައް ހިމެނޭ ގޮތަށް ގަނޑުވަރެއްގެ ސިފަޔަށް ބިނާކުރެވުނު ތަނެކެވެ. 

ބުނެވޭގޮތުގައި ހެންގިންގ ގާރޑްން ބިނާކުރެވުނީ ނަބޫޚަޛު ނަޞްރު2 އޭނާގެ އަނބިކަނބަލުން އެމީޓިސް ހިތްޕުޅު ހަމަޖައްސަވައި ދެއްވުމަށް ދިިރިއުޅުއްވާނެ ތަނެއްގެ ގޮތުގައެވެ. އެމީޓިސް ދިރިއުޅެ ބޮޑުވީ ގަސްތަކާއި ފަރުބަދަތައް ހިމެނޭ ހިސާބެއްގައި ކަމަށްވުމާއި އެކު ނަބޫޚަޛު އާއި ކައިވެނި ކުރެއްވުމަށްފަހު ވެސް އެފަދަ ދިރިއުޅުމަށް ލޯބި ކުރެއްވި އެވެ. ބައެއް ލިޔުންތަކުގައި ހެންގިންގ ގާރޑްން ބިނާކުރެއްވީ އާޝޫރީންގެ ރާނީއެއްކަމުގައިވާ ސަމީރަމިސް  ކަމަށް ލިޔެފައި ވެއެވެ. 

ހެންގިންޑް ގާރޑްންގެ އުސްމިނުގައި 80 ފޫޓް ހުރެއެވެ. ދިގުމިނާއި ފުޅާ މިނުގައި 400 ފޫޓް ހުރެއެވެ. އަދި ވަށައިގެން ރައްކަލަކަށް ބިނާކުރެވިފައިވާ ފާރުގެ ބޯމިނުގައި 23 ފޫޓް ހުރެއެވެ. އަދި މިބުނި ފާރުގެ އުސްމިނުގައި 320 ފޫޓް ހުރެއެވެ. ދިގުމިނުގައި 56 މޭލް ހުރެއެވެ. ޢިމާރާތްތަކުގެ އެއްބައި އަނެއްބަޔާއި ގުޅާލެވިފައިވަނީ ސަންގު މަރުމަރު ހިލައިން ހެދިފައިވާ ސިނޑިތަކަކުންނެވެ. އެތެރެއިން ތިމަރަ ޖަހައިގެން ހިލައިން ހަދާފައިވާ ފެންގަނޑުތައް މާގަސް ހެއްދުމަށް ތައްޔާރު ކުރެވިފައި ވެއެވެ. 

ޢިމާރާތުގެ އެންމެ މަތީ ޓެރަސް ގައި ތިރިއަށް ފެން ފޮނުވުމަށް ތަނެއް ތައްޔާރުކޮށްފައި ހުރެއެވެ. މިތަނުން ފޮނުވާ ފެނުން ތިރީގައިވާ ހައްދައިފައިވާ ބަގީޗާތަކަށް ފެން ލިބޭނޭގޮތް ހަދާފައި ވެއެވެ. ބުނެވޭގޮތުގައި ޓެރަސް މައްޗަށް ފެން ގެންދެވެނީ ފުރާތު ކޯރުންނެވެ. އަދި ފެން މައްޗަށް ފޮނުވެނީ ޗޭނު ޕަމްޕުގެ އެހީގައި ކަމަށް ވެއެވެ.




#Article 111: އީސާގެފާނު (455 words)


ޢީސާ ޢަލައިހިއްސަލާމް އަކީ މުސްލިމުންގެ ގާތުގައި ރަސޫލު ބޭކަލެކެވެ. ކީރިތި ޤުރުއާނުގައި އެކަލޭގެފާނުގެ ނަންފުޅު އަލްމަސީޙް ޢީސާ ބިން މަރްޔަމް މިފަދައިން އައިސްފައިވެއެވެ. ކީރިތި ޤުރުއާނުގައި ވާ ގޮތުން އީސާގެފާނަކީ އެއްމެ މަތިވެރި ރަސޫލު ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ފޮނުއްވުނީ އިސްރާއީލު ވަންހައިގެ މީހުންގެ ގާތަށެވެ. ޤުރުއާނުގައިވާ ގޮތުގައި އެކަލޭގެފާނު ޤަތުލެއްވެސް ނުކުރެވެއެވެ. އަދި ޞަލީބަކަށް ވެސް ނޭރުވެއެވެ. އަދި އެކަލޭގެފާނު އިލާހުވަންތަ ކަމުގެ އެއްވެސް ސިފައެއް ހިއްސާ ނުކުރައްވައެވެ. 

ޢީސާ ޢަލައިހިއްސަލާމްގެ މައިކަމަނާ، މަރްޔަމް ޢަލައިހައްސަލާމް އަކީ، ދާއޫދު ޢަލައިހިއްސަލާމްގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަނބަލެކެވެ. މަރްޔަމްގެފާނު ބަލަހައްޓަވައި ތަރުބިއްޔަތުކުރެއްވީ، ﷲގެ ނަބިއްޔާ ޒަކަރިއްޔާ ޢަލައިހިއްސަލާމްއެވެ. އެކަމުގެ ވާހަކަތައް، މިސިލްސިލާގެ ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ބައިގައި ހިމެނިފައިވާނެއެވެ. ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ އަނބިކަނބަލުންނަކީ، މަރްޔަމްގެފާނުގެ ދައްތާފުޅެވެ.

މަރްޔަމްގެފާނާއި އެކަމަނާގެ މުޅި ޢާއިލާއަކީވެސް ޢިލްމުވެރި ތަޤްވާވެރި މީސްތަކުންގެ މެދުގައި ޤަދަރުވެރި ޢާއިލާއެކެވެ. އަޅުވެރިކަމާއި ޚުލްޤުރަނގަޅުކަމުގައިވެސް އެފަދަ ޢާއިލާއެއް ބަނީއިސްރާއީލުން އެޒަމާނުގައި ދެކެފައެއްނުވެއެވެ. މަރްޔަމްގެފާނުގެ ފަރާތްޕުޅުން، އަޅުވެރި ނަބީބޭކަލަކު އުފަންކުރެއްވުމަށް ﷲ އިރާދަކުރެއްވިހިނދު، އެކަމަނާގެ އަރިހަށް މަލާއިކަތް ބޭކަލަކު ފޮނުއްވާ އެކަމުގެ ޚަބަރުކުރައްވައެވެ. ﷲގެ މަލާއިކަތާއަށް މަރްޔަމްގެފާނު ދެންނެވީ ތިޔަހެންވާނީ ކިހިނަކުންތޯއެވެ؟ ތިމަންކަމަނާއީ، ކާވަންޏެއް ބައްލަވައިގެންފައިވާ އަދި ފިރިހެނެއްގެ ގައިގާ ބީހިވަޑައިގެންފައިވާ ބޭކަނބަލަކީމެއްނޫނެވެ. މަލާއިކަތާގެ ޖަވާބަކީ، ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަމަކީ އެކަލާނގެ ޙަޟްރަތަށް ދާދި ފަސޭހަކަމެކޭ ދެންނެވުމެވެ.

މަރްޔަމްގެފާނު އާލާސްވެ އިންނަވާ، ރައްކާވެވަޑައިގަތުމުގެ ވަގުތު އައިސް ޖެހުނުހިނދު، ހިކިފައިވާ ކަދުރުރުކެއްގައި ހިއްޕަވާ ތަޅުވާލެއްވުމަށް ﷲ އަމުރުކުރެއްވެވިއެވެ. އެގޮތަށް އެކަމަނާ ޢަމަލުކުރެއްވުމުން، ތާޒާ ރޯކަދުރު އެރުކުން އެކަމަނާއަށްޓަކައި ލިބިވަޑައިގަންނަވާނޭގޮތް ﷲ މެދުވެރިކުރެއްވިއެވެ. އެހިނދު އެކަމަނާ ވަޑައިގެން ހުންނެވީ، މީސްތަކުންނާއި އެކަހެރި ހިސާބެއްގައި ރަށްބޭރުގައެވެ.

ތުއްޕުޅު ޢީސާޢަލައިހިއްސަލާމްއާއިގެން، ޤައުމުގެ މީހުންގެތެރެއަށް އެނބުރިވަޑައިގަތުމުން، އޭގެތެރެއިން ގިނަބަޔަކު ޙައިރާންކަން ފާޅުކުރިއެވެ. އަދި އެކަމަނާގެ ޢާއިލާގެ ޚުލްޤު ރަނގަޅުކަމާ، ޢިއްފަތްތެރިކަން ހަނދާނަށްގެނަސް، ކިހިނެއް ލިބިވަޑައިގަތް ދަރިކަލެއްތޯ، މީސްތަކުން ސުވާލުކުރިއެވެ. ޖަވާބުގައި މަރްޔަމްގެފާނު އިޝާރާތްކުރެއްވީ ތުއްޕުޅު ޢީސާގެފާނަށެވެ. އެހިނދު ﷲގެ ހަޟްރަތުން ފާޅުވި މުޢުޖިޒާތެއްގެގޮތުގައި، އަދި، މަރްޔަމްގެފާނުގެ ތެދުވެރިކަމާއި ޢިއްފަތްތެރިކަމުގެ މައްޗަށް ހުރި ދަލީލެއްގެގޮތުގައި ޢީސާގެފާނު، އެންމެ ޅަފަތުގައި، ނުހަނު ރިވެތިކޮށް، މީސްތަކުންގެ އެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

މާތްﷲ މިފަދަ ކިތަންމެ މުޢުޖިޒާތެއް ޢީސާ ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން މީސްތަކުންނަށް ފާޅުކޮށްދެއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަމާއި، އެކަލޭގެފާނުގެ މައިކަމަނާގެ ތެދުވެރިކަން ކަށަވަރުކޮށްދެއްވުމަށެވެ. އަދި ބަފައިކަލަކާއި، މައިކަނބަލަކާއި ނުލައި، ނެތުމުގެ ތެރެއިން އާދަމްގެފާނު ޚަލްޤުކުރެއްވިފަދައިން، ބަފައިކަލަކާއިނުލައި، ހަމައެކަނި މައިކަނބަލެއްގެ ވާޞިޠާއިން އެކަލޭގެފާނު ޚަލްޤުކުރެއްވިކަން ޔަޤީންކޮށްދެއްވުމަށެވެ. އަދި އެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަމުގެ ޙުއްޖަތް ޤާއިމްކުރެއްވުމަށްޓަކައެވެ.

މިގޮތުން ޢީސާގެފާނު، ﷲގެ ޙަޟްރަތުން ގެނަސްދެއްވި މުޢުޖިޒާތްތަކުގެތެރޭގައި، ގޭގޭގެ ތެރޭގައި މީހުން ރައްކާކޮށް ސިއްރުކޮށްފައިހުންނަ ތަކެތީގެ ޚަބަރު ވިދާޅުވެދެއްވުމާއި، ކަނުމީހުންނާއި، ޖުޒާމްބައްޔާއި ބަރަޞްބަލިފަދަ ބަލިތައް ޖެހިފައިވާ މީހުން ގައިގައި އަތްޕުޅު ބީއްސެވުމުން އެމީހުންގެ ބަލި ފަސޭހަކޮށްދެއްވުމާއި، މަށިން ދޫނި ހައްދަވައި، ފުމެލެއްވުމުން، ﷲގެ އިޒްނަފުޅާއިއެކު އޭގައި ފުރާނައެޅި، ދިރުންލިބުމާއި، މާތްﷲގެ އިޒްނަފުނާއިއެކު މަރުވެފައިވާ މައްޔިތުން ދިރުއްވުން ހިމެނެއެވެ.

ޢީސާގެފާނަށް ﷲ ބާވާލެއްވި ފޮތަކީ އިންޖީލެވެ. އެކަލޭގެފާނު ގެނަސްދެއްވި މުޢުޖިޒާތްތަކާ، ﷲގެ ފޮތާ، އެތައްއެތައް ނިޢްމަތެއް ކުރިމަތީގައި ވަނިކޮށްވެސް، ބަނީއިސްރާއީލުންގެ އެތައް ބަޔަކު އެކަލޭގެފާނުގެ ރިސާލަތަށް ކުފުރުވެ، ރޯބުހުތާނު ދޮގުތައް އެކަލޭގެފާނުގެ މައްޗަށް ހެދުން ޢާއްމުކުރޫއެވެ.

ﷲގެ މަގަށް ނަޞްރުދިނުމުގައި ޢީސާގެފާނާއި ބައިވެރިވުމަށް އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފި ބަޔަކީ ޙަވާރިއްޔަބޭކަލުންނެވެ. ޢީސާގެފާނު އެކަލޭގެފާނުގެ ރިސާލަތަށް އީމާންވީ މީސްތަކުންނާއިއެކު، 30 ދުވަހުގެ ރޯދަފުޅެއް ހިއްޕަވާ ފުރިހަމަކުރެއްވިހިނދު، އުޑުން މީރު ކާބޯތަކެތީގެ ސުފުރާއެއް ބާވައިލެއްވުންއެދި ﷲގެ ޙަޟްރަތުގައި ދެންނެވުމަށް އީމާންވެތިބި މީސްތަކުން އެދުނެވެ. އެއުރެންގެ އެވާހަކަތަކުން، ޢީސާގެފާނު ދުޢާދެންނެވުމުން، އެ ދުޢާ އިޖާބަކުރައްވަވާ، އުޑުން މީރު ކާބޯތަކެތީގެ ސުފުރާ އީމާންވީ މީސްތަކުންނަށްޓަކައި ﷲ ބާވައިލެއްވިއެވެ.

ބަނީއިސްރާއީލުންގެ ތެރޭތިބި ކުފުރާއި އަމިއްލައެދުމުން ޙައްދު ފަހަނައަޅާފައިތިބިމީހުން، ޢީސާގެފާނުގެ ރަސޫލުކަމާއި އެކަލޭގެފާނު ގެންނެވި މުޢުޖިޒާތްތަކާއިމެދު ޙަސަދަލައި، އަބަދުމެ ތިބެނީ އެކަލޭގެފާނު ޤަތުލުކުރެވޭނެވަގުތެއް ހޯދުމަށް ހުޝިޔާރުވެގެންނެވެ. މިގޮތުގައި މަސައްކަތްކުރަމުންގޮސް، އެކަލޭގެފާނު އެއުރެންގެ އަތްދަށުލައި، ޞަލީބަށް އެރުވުމުގެ ނިޔަތުގައި ނުކުމެ، އެކަލޭގެފާނުކަމަށް ހީކޮށް ޞަލީބަށް އެރުވުނީ އެހެން މީހެކެވެ. އެހުރިހާ ނުބައި ރޭވުންތަކުން ޢީސާގެފާނު ސަލާމަތްކުރައްވާ، ﷲގެ ޙަޟްރަތަށް އެކަލޭގެފާނު އުފުއްލެވިއެވެ.

ޢީސާގެފާނަކީ ބަނީއިސްރާއީލުންގެތެރެއިން، ފޮނުއްވުނު އެންމެފަހުގެ ނަބިއްޔާއެވެ. އަދި ކީރިތި ރަސޫލާއާއި، އެކަލޭގެފާނާއި ދެމެދު ހޭދަވީ މުއްދަތުގައި އެހެން ނަބިއްޔަކު، މިބިންމައްޗަކަށް ﷲ ނުފޮނުއްވައެވެ.

ޤިޔާމަތްކައިރިވެ، ދައްޖާލުގެ ފިތުނަ ޢާއްމުވާހިނދު، އެ ފިތުނައިން މީސްތަކުން ސަލާމަތްކުރައްވަވާ، ބިންމަތީ ﷲގެ ދީން ޤާއިމްކުރެއްވުމަށް، ކީރިތިރަސޫލާއަށް އިޤްތިދާވެވަޑައިގަންނަވާ ބޭކަލެއްގެގޮތުގައި ޢީސާގެފާނު ބިމަށް ފޮނުއްވާނެކަމަށް އިޝާރާތްކުރެވިފައިވާ، ޞައްޙަ ޙަދީސްތައް ކީރިތި ރަސޫލާގެ އަރިއަހުން ވާރިދުވެގެން ވެއެވެ.




#Article 112: އާދަމްގެފާނު (192 words)


އާދަމްގެފާނަކީ މި ބިމުގައި ދިރި އުޅޭ އިންސާނީ ނަސްލުގެ ފެށުން ކަމުގައި ގަބޫލު ކުރެވޭ ފަރާތެވެ. މުސްލިމުންގެ ގާތުގައި މިއީ ﷲ ގެ ނަބީއެކެވެ.
ކީރިތި ޤުރުއާނުގައި އާދަމް ޢަލައިހިއްސަލާމްގެ ނަންފުޅު 25 ފަހަރު ވާރިދުވެފައި ވެއެވެ. އެކަލޭގެފާނީ، އެންމެހައި އާދަމްގެ ދަރިތަކުންގެ ބަފައިކަލުންނެވެ. އަދި އެކަލޭގެފާނީ އިންސާނީ ދަރިފަސްކޮޅުން ﷲތަޢާލާ މި ބިންމަތީ ޚަލްޤުކުރެއްވި ފުރަތަމަ އިންސާނާމެއެވެ.

ޤުރުއާނުގެ އާޔަތްތަކުގައި ބަޔާންވެފައި ވާގޮތުން އާދަމްގެފާނުގެ ފަރާތްޕުޅުން އިންސާނީ ނައުޢު ދެމިގެންދިއުމަށްޓަކައި، އަދި އެކަލޭގެފާނުގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ޙައްވާގެފާނު އުފެއްދެވިއެވެ. އަދި އެ ދެކަނބަލުން ދިރިއުޅުއްވުމަށް ސުވަރުގޭގެ ނިޢުމަތްތައް އެކުލެވިގެންވާ ބަގީޗާއެއް މިންވަރުކުރެއްވިއެވެ.

އާދަމްގެފާނާއި ޙައްވާގެފާނަށް ﷲދެއްވެވި ހުރިހާ ނިޢުމަތެއްގެ ބޭނުންކުރައްވަވައި، އުފާފާގަތިކަމާއެކު އުޅުއްވުމަށް ﷲ އިޒްނަ ދެއްވިއެވެ. އެއާއެކު ވަކި ޚާއްޞަ އެއްގަހަކާ ގާތްވެވަޑައިނުގަތުމަށާއި، އަދި އެ ގަހުން ފަރީއްނުކުޅުއްވުމަށް އެންގެވިއެވެ. އެ ދެ ކަނބަލުންގެ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު އިމްތިޙާނަކަށް ވީ މި ގަހެވެ. އާދެ، މުޅި އިންސާނިއްޔަތުގެ މައްޗަށް ޢަދުއްވެއް ކަމުގައި ވީ އިބްލީސް، އާދަމްގެފާނާއި ޙައްވާގެފާނަށް ވަސްވާސްދީ، ﷲ ނަހީކުރެއްވި ގަހުން ފަރީއްކުޅުއްވުމަށް ހިތްވަރުދިނެވެ. އަދި އެ ގަހުން ފަރީއްކުޅުއްވައިފިނަމަ، މަލާއިކަތުންގެ ދަރަޖައަށް އެ ދެކަނބަލުންނަށް ވަޑައިގެންނެވޭނެކަމަށާއި، އަބަދަށް ދިރިތިއްބެވޭނެކަމަށް ބުނެ، އެ ދެކަނބަލުންގެ ޝައުޤުވެރިކަން އެ ގަހާއި ދިމާލަށް އަނބުރާލިއެވެ. އެންމެފަހުން، ﷲގެ އަމުރުފުޅު ހަނދުމަނެތި، އެ ގަހުގެ މޭވާއިން، އާދަމްގެފާނާއި ހައްވާގެފާނު ފަރީއްކުޅުއްވިއެވެ.

އިލާހީ އަމުރުފުޅާ ޚިލާފުވެވަޑައިގަތުމުގެ ނަތީޖާއަކީ، އާދަމްގެފާނާއި ޙައްވާގެފާނަށް ދެއްވިފައިވާ ނިޢުމަތްތަކުން އެ ދެކަނބަލުން މަޙްރޫމުވުމެވެ. އެހިސާބުން އިންތިހާ ދަރަޖައަށް ދެކަނބަލުން ހިތާމަކުރައްވައެވެ. އަދި ޚުޝޫޢަތްތެރިކަމާއިއެކު ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ، ފާފަ ފުއްސަވައިދެއްވުމަށް އެދިވަޑައިގަންނަވައެވެ.

ﷲ އެ ދެކަނބަލުންގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި ފާފަ ފުއްސަވައިދެއްވިއެވެ. އަދި ދުނިޔޭގެ ބިމުގައި ވަޒަންވެރިވުމަށް އެ ދެކަނަބަލުންނަށް އަމުރުކުރައްވައި، އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓެވުމުގެ ސަބަބަކީ އެއީކަމުގައި ލެއްވިއެވެ.

Category:Islamic prophets]




#Article 113: އިދްރީސްގެފާނު (1369 words)


ސަލާމްލެއްވި ޝީޘުގެފާނު އަވާހަރަވުމަށްފަހު މީސްތަކުން މާތްﷲގެ ދީންމަތީގައި ސާބިވެ ދުވަސްތަކެއް ވޭތުކުރިއެވެ.ނަމަވެސް،ޝައިތާނާވަނީ އިންސާނުނަށް މަގުއޮޅުވާލުމާއި މީސްތަކުންގެ ހިތްތަކުގައި ވަހުމާއި ޝައްކުއުފެއްދުމުގައި އަވަދިނެތިއެވެ.ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ހިތްތަކުގައި ތަފާތު ޝައްކުތަށް އުފެދި މީސްތަކުން ޝަރީޢަތުގައި އަންގަވާފައިވާ ޙުކުމްތަކަށް ދެމުންގެންދިޔަ ސަމާލުކަން ކުޑަވަމުންދިޔައެވެ.މީސްތަކުން މާތްﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ތިބެމެ ދީނުގައި މަނާ ކުރަވާފައިވާ ބައެއް ފާފަތަށް ކުރަމުންގެންދިޔައެވެ.އެހިނދު އެންމެ އޯގާވަންތަ މާތްﷲ އިރާދަކުރެއްވީ އެބައިމީހުންނަށް ރަނގަޅުގޮތް އުނގަންނަވައިދެއްވާ ހަނދާންކޮށްދެއްވުމަށް އެބައިމީހުންގެ ތެރެއިން ނަބީބޭކަލެއް ފޮނުއްވުމަށްށެވެ.އެ ނަބީއަކީ ސަލާމްލެއްވި އިދުރީސުގެފާނެވެ.

ނަންފުޅާއި ނަސަބުފުޅު

ސަލާމްލެއްވި އިދުރީސުގެފާނުގެ ނަސަބުފުޅު، އިސްލާމީ މަޞްދަރަކުން ސާފުކޮށް އެނގޭކަށެއް ނެތެވެ. އަހުލުކިތާބީންގެ މަޞްދަރުތަކުން އެނގޭ ގޮތުގައި އެކަލޭގެފާނަކީ، އާދަމުގެފާނުގެ ދަރިކަލުން ޝީޘު ގެފާނުގެ އަނޫޝް  ގެ ޤީނާނު ގެ މަހްލަލްއީލު ގެ ޔަރުދު ގެ އަޚްނޫޚު (أَخْنُوخُ) ގެފާނެވެ. އަހުލުކިތާބުންގެ ފޮތްތަކުގައި ސަލާމްލެއްވި އިދުރީސުގެފާނުގެ ނަންފުޅަކީ އަޚްނޫޚުއެވެ.މި ނަސަބުފުޅުން،އިދުރީސުގެފާނަކީ އާދަމުގެފާނުގެ ދަރިފަސްކޮޅުގެ 6 ވަނަ ޖީލުގެ ބޭކަލެއްކަން ދޭހަވެއެވެ.ނަސަބުގެ އިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ވިދާޅުވާގޮތުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ނަސަބުފުޅާއި އިދުރީސުގެފާނުގެ ނަސަބުފުޅު ގުޅިގެންވެއެވެ.

މާތްﷲ މި ބިންމައްޗަށް އާދަމުގެފާނަށްފަހު ޝަރީއަތަކައިގެން އެންމެ ފުރަތަމަ ފޮނުއްވީ ސަލާމްލެއްވި ނޫޙުގެފާނެވެ.ސަލާމްލެއްވި ނޫޙުގެފާނުގެ ނަސަބުފުޅު ސަލާމްލެއްވި އިދުރީސްގެފާނުގެ ނަސަބުފުޅާ ގުޅިފައިވެއެވެ.ތަފްސީރުލް ޖަލާލައިންގައި ވާގޮތުން އިދުރީސްގެފާނަކީ ސަލާމްލެއްވި ނޫޙުގެފާނުގެ މުނިކާފާފުޅެވެ.

ސަލާމްލެއްވި އިދުރީސުގެފާނު ދުނިޔެއަށް ވަޑައިގަތް އަހަރަކާއި ބޮޑުފުޅުވި ތަނަކާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.އެއް ރިވާޔަތެއްގައި ވަނީ  އިދުރީސްއަލައިހިއްސަލާމް ރައްކައުވެވަޑައިގެންނެވީ ބާބިލުގައިކަމުގައެވެ.އެއީ، އިރާޤުގެ ރަށެކެވެ. އަނެއް ރިވާޔަތެއްގައިވަނީ އިދުރީސްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގައި ކަމުގައެވެ. އަލް ހާފިޘު އިބްނު ކަޘީރު ވިދާވާގޮތުގައި މިދެ ރިވާޔަތުގެ ތެރެއިން އެންމެ ޞައްހަ ރިވާޔަތަކީ އިދުރީސްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ބާބަލިގައި ކަމުގައި ބުނާ ރިވާޔަތެވެ.

ސަލާމްލެއްވި އިދުރީސްގެފާނު ދުނިޔޭގެއަލިކަން ދެކެވަޑައިގެންނެވިއިރު އާދަމުގެފާނުގެ ދުނިޔޭގައި ހުންނެވިއެވެ.އިބްނު އިސްޙާޤު ވިދާޅުވެފައިވާ ގޮތުގައި އިދުރީސްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އާދަމުގެފާނު އަވަހާރަވުމުގެ 308 އަހަރުކުރިންނެވެ.

އިދުރީސްގެފާނު ބޮޑުފުޅުވަމުން އައި ދުވަސްވަރު ސަލާމްލެއްވި ޝީޘުގެފާނު އަރިހުން އެކަލޭގެފާނު،ޢިލްމު ހާސިލްކުރެއްވިއެވެ.ދީނުގެ ޙުކުމްތަކާއި ޝަރީޢަތުގެ އިލްމު ހާސިލްކުރެއްވިއެވެ.އެގޮތުން އެކަލޭގެފާނުގެ ގައިކޮޅުގައި ތަޤްވާވެރިމަކާއި،އިސްލާމީ އަޚްލާޤުގެ ރިވެތި ސުލޫކު ވަނީ ހަރުލާފައެވެ.

އިދުރީސުގެފާނަކީ ވަރަށް ގިނަ ކަންތައްތަކެއް ބައްލަވާ ދިރާސާކުރެއްވި ބޭކަލެކެވެ. އާދަމުގެފާނަށާއި އެކަލޭގެފާނުގެ ދަރިކަލުންނަށް މާތްﷲ ބާވައިލެއްވި ފަތްފުތްތަށް ވަރަށް ގިނައިން ދިރާސާކުރައްވާ އެކަލޭގެފާނު އުޅުއްވައެވެ. އައްޒަމަޚުޝަރީ ވިދާޅުވާ ގޮތުގައި، އެކަލޭގެފާނަށް އިދުރީސްގެ ނަމުން ނަންފުޅު ދެއްވިފައިވަނީ، ދިރާސާކުރުމުގެ ރޮނގުން އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ގިނަގުނަކަމުންނެވެ.

ސަލާމަލެއްވި އިދުރީސްގެފާނު ބޮޑުފުޅުވުމުން އެކަލޭގެފާނު ނަބީކަމުގެ މަތިވެރި މަސްއޫލިއްޔަތާއިގެން މާތްﷲ   ފޮނުއްވެވިއެވެ. ސަލާމްލެއްވި އިދުރީސުގެފާނަކީ، އެކަލޭގެފާނުގެ ޒަމާނުގައި ހުންނެވި، އެންމެ މާތް ނަބިއްޔާއެވެ. އެޒަމާނުގައި، ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގެ ގޮތުން އެކަލޭގެފާނު ފަދަ ދެވަނައެއް ނެތެވެ. ދީނުގެ ކަންކަމުގައި އެކަލޭގެފާނު ނުހަނު ތެދުވެރިއެވެ. އީމާންކަމުގައި އެކަލޭގެފާނު ނުހަނު އިޚުލާޞްތެރިއެވެ. މާތް ﷲ ބާވައިލެއްވި ޝަރީޢަތުގައިވާ އަމުރުފުޅުތައް ތަންފީޒުކުރައްވައި، ޚުޟޫޢަތްތެރިކަމާއެކު އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރެއްވި އެވެ. އަދި އެކަލާނގެ ބާވައިލެއްވި ރިސާލަތު، މީސްތަކުންނަށް ތަބްލީޣުކުރެއްވި އެވެ.

އިދުރީސުގެފާނަކީ، އާދަމުގެފާނަށްފަހު، މާތް ﷲ ފޮނުއްވި ތިންވަނަ ނަބިއްޔާ ކަމަށާއި، އެކަލާނގެ އެކަލޭގެފާނަށް 30 ފޮތް ބާވައިލެއްވި ކަމަށް ރިވާވެފައިވެއެވެ. އެ ފޮތްތަކުގައި އެކަލާނގެ ޝަރީޢަތާއި، ޢިބާދާތުގެ ޙުކުމްތަށް ބަޔާންކުރައްވާފައިވެއެވެ. 

އަބޫޛައްރުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ.

قُلْتُ: يَا رَسُولَ اللَّهِ، كَمْ كِتَابًا أَنْزَلَهُ اللَّهُ؟ قَالَ: مِائَةُ كِتَابٍ وَأَرْبَعَةُ كُتُبٍ، أُنْزِلَ عَلَى شِيثٍ خَمْسُونَ صَحِيفَةً، وَأُنْزِلَ عَلَى أَخْنُوخَ ثَلَاثُونَ صَحِيفَةً، وَأُنْزِلَ عَلَى إِبْرَاهِيمَ عَشَرُ صَحَائِفَ، وَأُنْزِلَ عَلَى مُوسَى قَبْلَ التَّوْرَاةِ عَشَرُ صَحَائِفَ، وَأُنْزِلَ التَّوْرَاةُ وَالْإِنْجِيلُ وَالزَّبُورُ وَالْقُرْآنُ { އިބްނު ޙައްބާން}

މާނައީ، ތިމަންކަލޭގެފާނު (އެބަހީ: އަބޫޛައްރުގެފާނު) ދެންނެވީމެވެ. ﷲ ގެ ރަސޫލާ އެވެ! ﷲ ބާވައިލެއްވީ ކިތައް ފޮތްތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ސަތޭކަ ހަތަރު ފޮތެވެ. ޝީޘުގެފާނަށް ފަންސާސް ފޮތް ބާވައިލެއްވުނެވެ. އަޚްނޫޚުގެފާނަށް (އެބަހީ: އިދުރީސުގެފާނަށް) ތިރީސް ފޮތް ބާވައިލެއްވުނެވެ. އިބްރާހީމުގެފާނަށް ދިހަ ފޮތް ބާވައިލެއްވުނެވެ. މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމުގެ ކުރިން ދިހަ ފޮތް ބާވައިލެއްވުނެވެ. އަދި ތައުރާތާއި އިންޖީލާއި ޒަބޫރާއި ޤުރުއާން ބާވައިލެއްވުނެވެ.

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި، އެންމެ ގިނަ ފޮތްތައް ބާވައިލައްވާފައިވަނީ، ޝީޘުގެފާނަށެވެ. އެއީ ފަންސާސް ފޮތެވެ. އެއަށްފަހު، އެންމެ ގިނަ ފޮތްތައް ބާވައިލައްވާފައިވަނީ، އިދުރީސުގެފާނަށެވެ. އެއީ، ތިރީސް ފޮތެވެ. އިދުރީސުގެފާނު، މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، އެކަލޭގެފާނަށްވުރެ ކުރިން ބާވައިލައްވާފައިވާ ފޮތްތައް ބޭނުންފުޅު ކުރެއްވި އެވެ. އެހެންކަމުން، އެކަލޭގެފާނުގެ އަތްޕުޅުގައި މާތް ﷲ ބާވައިލައްވާފައިވާ ޖުމުލަ، އަށްޑިހަ ފޮތް އޮތެވެ. އެކަލޭގެފާނަށް، އެ ފޮތްތަކުން ގިނަގުނަ ޢިލްމާއި، ދީނުގެ ޙުކުމްތައް އެނގިވަޑައިގެންފައިވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. އެ ފޮތްތަކުގެ ޢަދަދު، އެކިއެކި ރިވާޔަތްތަކުގައި ތަފާތުކަން ފާހަގަކޮށްލަންޖެހެ އެވެ. އެހެނަސް އެއީ، ގިނަ ފޮތްތަކެއްކަން ހުރިހައި ރިވާޔަތްތަކުން ވެސް އެނގެ އެވެ.

ސަލާމްލެއްވި އިދުރީސުގެފާނަކީ، ސަލާމްލެއްވި އިލްޔާސުގެފާނު ކަމަށް ބުނެވޭ ރައުޔެއްވެއެވެ. ނަމަވެސް، އެއީ، ޞައްޙަ ރައުޔެއް ނޫނެވެ. ސަބަބަކީ، އިދުރީސުގެފާނާއި، އިލްޔާސުގެފާނާ ދެ ބޭކަލުން ދިރިއުޅުއްވީ ދެ ޒަމާނެއްގައެވެ.ސަލާމްލެއްވި އިދުރީސުގެފާނު ދިރިއުޅުއްވީ އިންސާނީ ޙަޔާތުގެ ނިސްބަތުން މާ އިހުޒަމާނެއްގަ އެވެ. ސަލާމްލެއްވި އިލްޔާސްގެފާނު ދިރިއުޅުއްވީ އިންސާނީ ޙަޔާތުގެ ނިސްބަތުން މާ ފަހު ޒަމާނެއްގައެވެ.ސަލާމުލެއްވި އިދުރީސުގެފާނު، ދީނަށް ގޮވައިލެއްވުމުގައި މައިގަނޑު ގޮތެއްގައި ދެމިހުންނެވީ، ޢިރާޤާއި މިޞްރުގައެވެ. ނަމަވެސް،އިލްޔާސްގެފާނު ފޮނުއްވުނީ ބަނީ އިސްރާޢީލުންގެ ގާތަށް ޝާމުކަރައަށްށެވެ.އިދުރީސްގެފާނުގެ ހަޔާތްޕުޅުގައި މާތްﷲ ފިޔަވައިހެން ފަރާތަތަކަށް އަޅުކަން ކުރުން ފެށިފައެއްނުވެއެވެ.ނަމަވެސް، އިލްޔާސްގެފާނުގެ ޤައުމުގެ މީސްތަކުންނަކީ ބައުލޭ ކިޔުނު ބުދަކަށް އަޅުކަންކޮށް އުޅުނު ބައެއްކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ.

އިބްނު ޢައްބާސްގެ ރިވާޔަތުގައިވާ ގޮތުން، އާދަމް ޢަލައިހިއްސަލާމްއިން ފެށިގެން ދިހަ ޤަރުނު ވަންދެން މިބިންމަތީގައި ޚާލިޞް ތައުޙީދު އޮތެވެ. އޭގެފަހުގައި ޝިރުކުގެ އަނދިރިކަން މިދުނިޔެއަށް ވެރިވާންފެށިއެވެ. ނޫޙު ޢަލައިހިއްސަލާމް ފޮނުއްވުނީ މި ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުމަށްޓަކައެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލެވެ.

އިބްނު އައްބާސްގެ މި ބަސްފުޅުން އިދުރީސްގެފާނުގެ ޒަމާނުގައި މީސްތަކުން މާތްﷲ ގެ އެއްކައުވަންތަކަމަށް އީމާންވެ ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާކަން ދޭހަވެއެވެ.ނަމަވެސް އެބައިމީންގެ ތެރޭގައި އެކި ފާފަތަށް އާންމުވެފައިވެއެވެ.އެކި އެކި އުރެދުންތަށް ވަނީ އާންމުވެފައެވެ.

ފޭރާން ވިޔުމާއި، ހެދުން ފަރުމާކުރުމާއި، ފެހުމުގެ ފަންނުގެ ބާނީ އަކީ، ސަލާމްލެއްވި އިދުރީސުގެފާނު ކަމަށް  ތާރީޚީ ރިޔާވަތްތަކުގައި ރިވާވެފައިވެއެވެ. އެންމެ ފުރަތަމަ ފޮތި ވިޔުއްވައި ފޭރާން އުފެއްދެވީ އެކަލޭގެފާނެވެ.ފޭރާން އުފެއްދުމުގެ ކުރިން، މީސްތަކުން އުނުއޮރިޔާން ނިވާކޮށް އުޅުނީ، ޖަނަވާރުގެ ހަމުންނެވެ. 

ابْنِ عَبَّاس رضى الله عنه ވިދާޅުވިކަމަށް އަލް ހާކިމް ރިވާކުރައްވާފައިވެއެވެ.ދާޢޫދުގެފާނަކީ ހަނގުރާމައިގައި ބޭނުން ކުރާ ދަގަނޑު ދަހަދާ ހައްދަވާ ބޭކަލެކެވެ.އާދަމުގެފާނަކީ ދަނޑުވެރިކަން ކޮށް އުޅުއްވި ބޭކަލަކެވެ.ނޫހުގެފާނަކީ ވަޑާކުރައްވާ އުޅުއްވި ބޭކަލެކެވެ.އިދުރީސްގެފާނަކީ ފޭރާން ފެއްސެވުމުގެ މަސައްކަތްޕުޅު ކުރެއްވި ބޭކަލެކެވެ. އަދި މޫސާގެފާނަކީ، ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތް ކުރައްވާ އުޅުއްވި ބޭކަލެކެވެ.

ތާރީޚުގެ ފޮތްތަކުގައި ރިވާވެފައިވެއެވެ.އިދުރީސްގެފާނު ހެދުން ފައްސަވާއިރު، ތިނޯސް ޖައްސަވާ ކޮންމެ ފަހަރަކުމެ، (سبحان الله) ނުވަތަ (سبحان الله و بحمده سبحان الله العظيم) މިފަދައިން ތަސްބީޙަ ވިދާޅުވެ އެވެ. ތަސްބީޙަ ވިދާޅުވުމަށް ހަނދުމަފުޅު ނެތި ފެއްސެވިއްޖެނަމަ، އެތަން މޮއްސަވައި، އަލުން ތަސްބީޙަވިދާޅުވަމުން ފައްސަވައެވެ.

މި ރިވާޔަތްތަކުން ދޭހަވަނީ އިދުރީސްގެފާނު ދިރިއުޅުއްވުމަށްޓަކައި އަމިއްލަފުޅަށް މަސައްކަތްޕުޅުކުރެއްވިކަމެވެ. އެކަލޭގެފާނު ފަރިއްކުޅުއްވީ ޙަލާލު އެއްޗެހިކަމެވެ.އެހެނީ މީހާ އޭނާގެ އަނގައަސް ލާ އެންމެ ރަނގަޅު ކާ އެއްޗަކީ އެމީހާ އަމިއްލަ މަސައްކަތުން ހޯދާ ހަލާލު ކާނާއެވެ.

ދިރިއުޅުއްވުމަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އިދުރީސްގެފާނު ކޮންމެ ދުވަހަކު އެތައް ހެޔޮ ޢަމަލުތަކެއް ކުރެއްވިއެވެ. އެކަލޭގެފާނު ކޮންމެ ދުވަހަކު ކުރައްވާ ހެޔޮ ޢަމަލުފުޅުތައް، އޭރު ދުނިޔޭގައިވާ އެންމެން ކުރާ ހެޔޮ ޢަމަލުތަކާ ނުބައްދަލެވެ.އެހާވެސް ގިނައިން މާތްﷲ ރުއްސެވުން އެދިވަޑައިގެން ހޮޔޮ އަމަލުފުޅުތަށް ކުރެއްވުމަށް ލޯބިފުޅު ކުރެއްވިއެވެ.

އިބްނު އިސްޙާޤު ވިދާޅުވާ ގޮތުގައި އަތުލިޔުމުގެ ފަންނު އެންމެ ފުރަތަމަ އީޖާދުކުރެއްވީ އިދުރީސްގެފާނެވެ. ސަލާމްލެއްވި އިދުރީސްގެފާނު ޤަލަމުން ލިޔުއްވަން ފެށްޓެވުމުގެ ކުރިން، ހިލައިންނާއި، ކަށިންނާއި، ވެލިން ލިޔުއްވާފައިވާ ކަމަށް ތާރީޚު ޢިލްމުވެރިން ލިޔުއްވައެވެ.އިބްނު އިސްޙާޤުގެ މިރިވާޔަތަށް ދަލީލުލިބޭ ހަދީޘެއް އިބްނު ޙިއްބާންގައި ރިވާވެގެންވެއެވެ.

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم  ޙަދީޘްކުރައްވާފައިވެއެވެ.

يَا أَبَا ذَرٍّ أَرْبَعَةٌ سُرْيَانِيُّونَ: آدَمُ، وَشِيثُ، وَأَخْنُوخُ وَهُوَ إِدْرِيسُ، وَهُوَ أَوَّلُ مَنْ خَطَّ بِالْقَلَمِ، وَنُوحٌ { އިބްނު ޙިއްބާން}

މާނައީ، އޭ އަބޫ ޛައްރުގެފާނެވެ! ސުރިޔާނީންގެ ތެރެއިންވާ ހަތަރު ނަބީބޭކަލަކު ވެ އެވެ. އެއީ، އާދަމުގެފާނާއި، ޝީޘުގެފާނާއި، އަޚްނޫޚުގެފާނާއި، ނޫޙުގެފާނެވެ. އަޚްނޫޚުގެފާނަކީ، އިދުރީސުގެފާނެވެ. އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވީ އެކަލޭގެފާނެވެ.

މުޢާވިޔަތު ބްނު އަލްޙަކަމުއް ސުލަމީ ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ

قُلْتُ: وَمِنَّا رِجَالٌ يَخُطُّونَ، قَالَ: كَانَ نَبِيٌّ مِنَ الأَنْبِيَاءِ يَخُطُّ، فَمَنْ وَافَقَ خَطَّهُ، فَذَاكَ {މުސްލިމު.}

މާނައީ، ތިމަން ދެންނެވީމެވެ. އަދި ތިމަންމެންގެ ތެރޭގައި ރަމަލުޖަހާ މީހުން ވެސް ވެ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކު (އެބަހީ: އިދުރީސުގެފާނު) ރަމަލުޖެއްސެވި އެވެ. ފަހެ، އެމީހެއްގެ ރަމަލުޖެހުން، އެކަލޭގެފާނުގެ ރަމަލު ޖެއްސެވުމާ އިއްތިފާޤުވެޖެނަމަ، އެއީ ޞައްޙަ ރަމަލުޖެހުމެކެވެ.

މި ޙަދީޘްފުޅާމެދު ޢިލްމުވެރިން ވިދާޅުވެފައިވަނީ، މި ޙަދީޘްފުޅަކީ، ރަމަލުޖެހުން ހުއްދަކުރައްވާފައިވާ ޙަދީޘްފުޅެއް ނޫން ކަމަށެވެ. މި ޙަދީޘްފުޅުން ދަލީލު ލިބެނީ، ރަމަލުޖެހުން ޙަރާމްކުރައްވާފައިވާ ކަމަށެވެ. އެހެނީ، ސަލާމްލެއްވި އިދުރީސުގެފާނުގެ ރަމަލުޖެއްސެވުމާ، އެހެން މީހުންގެ ރަމަލުޖެހުން އިއްތިފާޤެއް ނުވާނެ އެވެ. އަދި އިއްތިފާޤުވާނެކަން ޔަޤީން ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.

ސަމާވީ އެހެން ދީންތަކުގައި އަންގަވާފައިވާ ކަންތައްތައް އިދުރީސުގެފާނުގެ ދީނުގައި ވެ އެވެ. އެ ކަންތައްތަކުގެ ތެރޭގައި، ނަމާދުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޠާހިރުވުމާއި، ވުޟޫކުރުމާއި، މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމާއި، ދީނަށް ގޮވައިލުމާއި، ޖިހާދުކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމާއި، ތަޢުލީމު ޙާޞިލުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. އެކަލޭގެފާނުގެ ދީނުގައި ވަނީ، ބަނގުރާ ފަދަ މަސްތުވާ އެންމެހައި އެއްޗެއް ޙަރާމްކުރައްވާފަ އެވެ. އަދި ފާސިޤުކަމާއި، ފާފަކުރުމާއި، މީސްތަކުންގެ މެދުގައި ފަސާދަކުރުން ވެސް ވަނީ ނަހީކުރައްވާފަ އެވެ. ހަމައެފަދައިން، ޚިޔާނާތްތެރިވުމާއި، ކަންދެއްކުމާއި، މުނާފިޤުކަން ފަދަ ކަންތައްތައް ވެސް ވަނީ މަނާކުރައްވާފަ އެވެ.

ސަލާމްލެއްވި އިދުރީސުގެފާނުގެ ޖިސްމާނީ ސިފަފުޅުތައް ވެސް ބަޔާންވެފައިވެއެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކުގެ ތެރޭގައި، ހަށިކޮޅު ބިޔަކަމާއި، އިސްކޮޅުފުޅު ދިގުކަމާއި، ބާމަތިފުޅު ފުޅާކަމާއި، ބަނޑުފުޅު ބޮޑުކަމާއި، ހަށިކޮޅުގެ ކުލަ ދޮންކަން ހިމެނެ އެވެ. ވާހަކަފުޅު ދައްކަވާއިރު، ޝަހާދަތް އިނގިލިފުޅުން އިޝާރާތްކުރައްވާ ކަމަށާއި، ކަންކަމާމެދު ފިކުރުފުޅުކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރައްވާ ކަމަށް ވެސް ރިވާވެފައިވެއެވެ. 

އިދްރީސް ޢަލައިހިއްސަލާމްގެ ޒަމާނުގައި މީސްތަކުން 72 ބަހަކުން ވާހަކަ ދައްކާ އުޅުނުކަން ޢިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެވެ. ﷲ ސުބްޙާނަހޫވަތަޢާލާ ވަނީ އެއިން ކޮންމެ ޖަމާޢަތެއްގެ މީހުން ވާހަކަދައްކާ ބަސް އިދްރީސްގެފާނަށް ދަސްކޮށް ދެއްވާފައެވެ. އެއީ އެބައިމީހުން އެދައްކާ ވާހަކަ އެކަލޭގެފާނަށް އެގިވަޑައި ގަތުމަށެވެ. ﷲ ތަޢާލާ އެންމެ ފުރަތަމަ މަދަނީ ސިޔާސަތު އުގަންނަވައިދެއްވި ފަރާތަކީވެސް  އެކަލޭގެފާނެވެ. އެޒަމާނުގައި ދުނިޔޭގައި 188  ރަށް އޮތްކަމަށްވެސް ޢިލްމުވެރިން ފާހަގަ ކުރައްވައެވެ.  އިދްރީސްގެފާނު މަޝްހޫރުވެފައިވަނީ ޙިކްމަތްތެރިއެއްގެ ގޮތުގައެވެ. 

އޭގެ އެއްބަހަކީ  ދުނިޔޭގެ އެންމެ ހެއުކަމަމީ ކުރެވޭ ކުށްތަކާމެދު ނިކަމެތިވުމެވެ.  އަދި އެންމެ ނުބައިކަމަކީ  ހިތާމަ ކުރުމެވެ. ބާއްޖަވެރިޔަކީ އެމީހެއްގެ ނަފްސަކާމެދު ބަލައި ޞާލިޙް ޢަމަލުތަކާމެދު އެއިން ޝަފާޢަތް ލިބިގަންނަ މީހެކެވެ. އަދި  އީމާންކަމާއެކު ކެތްތެރިވާ ފަރާތްތަކަށް މުއްސަދިކަމެއް ވާރުތަވާނެއެވެ.

ސިފަފުޅުތަށް

ކީރިތި ޤުރުޢާނުގައި މާތްﷲ އިދުރީސްގެފާނު ސިފަކުރައްވާފައިވަނީ ވަރަށް ތެދުވެރި ނަބީބޭކަލެއްގެ ގޮތުގައެވެ.ކީރިތި ޤުރުޢާނުގެ މަރިޔަމް ސޫރަތުގެ 56ވަނަ އާޔަތާއި 57ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٥٦﴾ وَرَفَعْنَاهُ مَكَانًا عَلِيًّا ﴿٥٧﴾

މާނައީ:ކަލޭގެފާނު މިފޮތުން إدريس ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނު މަތިވެރިވެގެންވާ مقام އަކަށް އުފުއްލެވީމެވެ.

ތެދުވެރިކަމުގެ އިތުރުން، ސަލާމްލެއްވި އިދުރީސްގެފާނަކީ އިސްލާމްދީނުގައި އެސިފައަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ،ކެތްތެރިކަމުގެ ސިފައިން ޒީނަތްތެރިވެވަޑައިގެންފައިވާ ބޭކަލެކެވެ. އިދުރީސްގެފާނުގެ ކެތްތެރިކަމުގެ ސިފައަށް ތައުރީފްކުރައްވާ ކީރިތި ޤުރުޢާނުގެ އަލް އަންބިޔާއު ސޫރަތުގެ 85ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ ﴿٨٥﴾

މާނައީ:އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ.

އަވަހާރަވުން

ސަލާމަލެއްވި އިދުރީސްގެފާނު ވަރަށް ގިނަ މުއްދަތެއްގައި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ އަރިހުގައި ދީނަށް ގޮވައިލެއްވުމުގައި ދެމި ހުންނެވިއެވެ. އެ ގޮތުގައި ދެމިހުންނެވުމަށް ފަހު އެކަލޭގެފާނު އަވަހާރަވީ 82 އަހަރު ފުޅުގައިކަމަށް މުއައްރިޚުން ލިޔުއްވައެވެ.ސަލާމްލެއްވި އިދުރީސްގެފާނު އަވަހާރަވުމާ ގުޅޭގޮތުން ތަފާތު ރައްޔުތަކެއް ތާރީޚުގައި ރިވާވެގެންވެއެވެ.

އެގޮތުން،އެކަލޭގެފާނު އުޑަށް އުފުއްލެވުމަށްފަހު އުޑުގައި އަވަހާރަވި ކަމަށް ބުނާ ރައުޔާއި، އެކަލޭގެފާނު އުޑުގައި އަވަހާރަވުމަށްފަހު ބިމަށް ތިރިކުރައްވައި ބިމުގައި ފަސްދާނުލެއްވުނު ކަމަށް ބުނާ ރައުޔާއި، އެކަލޭގެފާނު އުޑަށް ނުއުފުއްލަވާ ކަމަށް ބުނާ ރައުޔުތައްވެއެވެ.މިފަދަ ގިނަ ރިވާޔަތްތަށް ރިވާވެގެންވަނީ ފޮތުގެއަހުލުވެރިންގެ އަރިހުންނެވެ. އެއިން އެއްވެސް ރައުޔެއް ތެދުކުރުމާއި، ދޮގުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިވަސައްލަމަ ހަދީޘް ކުރައްވާފައިވަނީ ފޮތުގެ އަހުލުވެރިންގެ އަރިހުން ރިވާވެގެންވާ ރިވާޔަތްތަށް ދޮގުވެސް ނުކުރުމެވެ.އަދި ތެދުވެސް ނުކުރުމެވެ.ނަމަވެސް، އެ ރިވާޔަތްތަކާއި އިސްލާމީ ޝަރީއަތާ އެއްގޮތް ވެއްޖެނަމަ އެ ޤަބޫލުކުރުމެވެ.އެ ރިވާޔަތަކީ އިސްލާމީ މަސްދަރަކުން ސާބިތުވާ ކަމަކާމެދު ދެކޮޅަށް ވާ ރިވާޔަތެއްނަމަ ދޮގުކުރުމެވެ.

ސަލާމްލެއްވި އިދުރީސްގެފާނު އަވަހާރަވުމާ ގުޅޭ ގޮތުން ރިވާވެގެންވާ ރިވާޔަތްތަކުގެ ތެރެއިން އެއްވެސް ރައުޔެއް ޞައްޙަ ރިވާޔަތަކުން ވާރިދުވެފައެއްނުވެއެވެ. ފޮތުގެ އިލްމުވެރިންގެ އަރިހުން ރިވާވެގެވާ ރިވާޔަތްތަކުގެ  ޞައްޙަކަން ސާބިތުކުރެވޭނެ އެއްވެސް ގޮތެއް ނެތީމައެވެ.އެހެނީ، އެބައިމީހުންވަނީ ކުރީގެ ސަމާވީ އެންމެހައި ފޮތްތަކަށް ބަދަލުގެނެސްފައެވެ.އެކަން ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތަކުން ޞަރީޙުކޮށް ދޭހަވެއެވެ.




#Article 114: ނޫހުގެފާނު (183 words)


ނޫހުގެފާނަކީ މުސްލިމުންގެ ގާތުގައި އެއްމެ ފުރަތަމަ ރަސޫލާއެވެ. އަދި އެއީ އިންސާނީ ނައުޢުގެ ދެވަނަ ބައްޕާފުޅެވެ. ބިންމަތިން ފަސާދަ ނައްތާލައްވާ، މީސްތަކުންނަށް އިޞްލާޙުގެމަގަށް ގޮވައިލެއްވުމަށް ﷲ ފޮނުއްވެވި ރަސޫލުންނާއި ނަބިއްޔުންކުރެ، ނޫޙް ޢަލައިހިއްސަލާމް ހިމެނެނީ، އެންމެ ކެތްތެރި، އެންމެ ޢަޒުމްވަރުގަދަ 5 ރަސޫލުންގެ ތެރެއިންނެވެ. 
ނޫޙްގެފާނު އެކަލޭގެފާނުގެ ރިސާަތާއިގެން ނުކުމެވަޑައިގެން، ޤައުމުގެ މީސްތަކުންނަށް ﷲގެ އެއްކައުވަންތަކަމަށް ގޮވާލައްވައި، ބުދަށް އަޅުކަންކުރުން ނަހީކުރައްވަން ފެށްޓެވުމުން އޭގެ ރައްދުގައި ޤައުމުގެ މީހުން އެކަލޭގެފާނަށް ކެނޑިނޭޅި މަލާމާތާއި ދުއްތުރާ ކުރަމުން ދިޔައީއެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަތައް އަޑުނާހަންވެގެން އެމީހުން ތިބެނީ ފޭރާންތައް ބޮލުގައިއަޅާ، މޫނާއި ކަންފަތް ނިވައިކޮށްގެންނެވެ.

ފޫހިފުޅުވުމެއްނެތި، ﷲގެ ރިސާލަތަށް މީސްތަކުންނަށް ދަޢުވަތުދެއްވުމުގައި 950 އަހަރުގެ ދިގު ޢުމުރުފުޅެއް ނޫޙުގެފާނު ހޭދަކުރެއްވިއިރުވެސް ޤައުމުގެ މީހުންގެތެރެއިން އީމާންވީ މަދުބަޔެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންވެސް ހިމެނުނީ އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، ﷲއަށް އުރެދުނު ޖަމާޢަތުގެ ތެރެއިންނެވެ. މިހިސާބުން، ﷲގެ ޙަޟްރަތުގައި ނަޞްރަށް އެދިވަޑައިގެން ނޫޙްގެފާނު ދުޢާކުރައްވައެވެ. ނޫޙްގެފާނުގެ ދުޢާ ﷲގެ ޙަޟްރަތުގައި މަޤްބޫލުވެގެންވިއެވެ. ﷲގެ އަމުރުފުޅަށް ނޫޙްގެފާނު ނަވެއް ބެންނެވިއެވެ. އެނަވަށް އެކަލޭގެފާނާއި އަދި ﷲއަށް އީމާންވީ މީސްތަކުންނާއިގެން އަރާވަޑައިގަތެވެ. އެއްގަމުގައި ބޮޑު ނަވެއް ބަންނަވައިގެން، އެކަލޭގެފާނަށް ތަބާވީ ނިކަމެތީންކޮޅާއިގެން، އެނަވަށް އަރާވަޑައިގަތީތީ ޤައުމުގެ މީހުން މަލާމާތްކޮށްކޮށް ތިއްބާ، އަޑިންނާއި މަތީން ސައިލުދެމިގެންއައި ފެނުގެ ޠޫފާން އެއެންމެން ވަށާލިއެވެ. އަދި ސަލާމަތްވެވޭނެމަގެއްނެތި ފެނުގެތެރެއަށް އެންމެން ޣަރަޤުވެގެން ދިޔައެވެ.

ނޫޙްގެފާނުގެ ނައުކޮޅު ނިޔާމަކަމާއިއެކު ފެނުގެ ތެރޭގައި ދުރުރާސްތާއަކަށް ދަތުރުކުރުމަށްފަހު، ޠޫފާންގެ އަސަރުތައް މަޑުވުމާއިއެކު، ޖޫދީ ފަރުބަދައިގެ މަތީގައި ބީހުނެވެ. މަތީގައިއެވާ ފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ޖޫދީ ފަރުބަދައިގެމަތީ، ނޫޙްގެފާނުގެ ނައުކޮޅު ބީހުނުކަމަށް ބުނާ ނިޝާނެވެ.

މި ބިރުވެރި ޠޫފާނުގެ ނުރައްކަލުން ނައުކޮޅުގައިތިބި މީސްތަކުން ނަޖާކުރައްވާ، އެމީހުންގެ ދަރިފަސްކޮޅު ދަންމަވައި، ﷲއަށް އަޅުކަންކުރާނެ ތަޤްވާވެރި ޖީލުތަކެއް އެކަލާނގެ އުފަންކުރެއްވިއެވެ.




#Article 115: އިބްރާހީމްގެފާނު (241 words)


އިބްރާހީމްގެފާނަކީ ﷲ ގެ ރަސޫލު ބޭކަލުން ކުރެ އެއް ބޭކަލެކެވެ. މި ކަލޭގެފާނަކީ ﷲ ގެ ޚަލީލެވެ. އިބްރާހީމްގެފާނު އުފަންވެވަޑައިގަތީ، ތަރިއަށްއަޅުކަންކުރުމާ، ބުދަށްއަޅުކަންކުރުމާ، ނޭއްގާނީ ޢަމަލުތަކުން ފުރިފައިވާ ފަސްގަނޑަކަށެވެ. ﷲގެ ހެޔޮ ރަޙްމަތްފުޅުން އެންމެ ތުއްޕުޅު އިރުއްސުރެވެސް، ކަންކަމުގެ ހަޤީޤަތާއިމެދު ވިސްނާ، ފިކުރުކުރެއްވުމުގެ ޙިކްމަތް އިބްރާހީމްގެފާނަށް ދެއްވިއެވެ. ޙައްޤުމަގު ހޯއްދެވުންއެދި މި މޭރުމުން އެކަލޭގެފާނު ފިކުރުކުރެއްވުމުގެ ނަތީޖާއަކީ، އިރުހަނދާ ތަރިތަކާ އަދި ވަށައިގެންމިވާ އެންމެހާތަކެއްޗެއް ނެތުމުގެތެރެއިން އުފެއްދެވި ޚާލިޤްވަންތަ ފަރާތެއް ވާނެކަން ކަށަވަރުކުރެއްވުމެވެ. ﷲގެ ޙަޟްރަތުން ޙައްޤުމަގު އެކަލޭގެފާނަށް އިލްހާމުވުމެވެ.

ޙައްޤުމަގު ކަށަވަރުވެވަޑައިގަތުމާއިއެކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަޢުވަތާއިގެން ނުކުމެވެވަޑައިގަތެވެ. ޤައުމުގެ މީހުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކުގެ ނުކުޅެދުންތެރިކަން ދެއްކެވުމުގެގޮތުން ބުދުކޯލަށް ވަންނަވާ، އޭގެތެރެއިން ބޮޑުބުދުނޫން ހުރިހާބުދެއް މުގުރައްވަވާ، ބޮޑުބުދުގެ ކަރުގައި ކޯރާޑިއެޅުއްވިއެވެ. މިފަދަ އިހާނެތިގޮތް މި އިލާހުންތަކަށް ހެދީ ކާކުތޯ ޤައުމުގެމީހުން ސުވާލުކުރުމުން، އިބްރާހީމްގެފާނު ޖަވާބުދެއްވަނީ އެކަމާއިމެދު ކަރުގައި ކޯރާޑިއަޅުވައިގެންހުރި ބޮޑުބުދާއި ސުވާލުކުރުމަށެވެ. އެހިސާބުން ޤައުމުގެމީހުންގެ ދޫ ބަންދުވެ، އެމީހުންގެ ނުކުޅެދުންތެރިކަން އަމިއްލައަށް އިޙްސާސްވެ، ބަދަލުހިފުމުގެގޮތުން އިބްރާހީމްގެފާނު އަލިފާންގަނޑަކަށް އެއްލާލާ އަންދާލަން ކަނޑައެޅިއެވެ. ޤައުމުގެ އެންމެތަކުންގެ ޙާޒިރުގައި އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލާލިހިނދު ވީކިހިނެއްތޯއެވެ؟ ﷲގެ ގަދަކީރިތިވަންތަކަމުގެ ސަބަބުން، އެއަލިފާންގަނޑަކީ، އިބްރާހީމްގެފާނުގެމައްޗަށް ފިނިއެއްޗެއްކަމުގައިލެއްވީއެވެ.

އިބްރާހީމްގެފާނުގެ އަޅުވެރިކަމާއި ތަޤްވާވެރިކަމާއި އީމާންތެރިކަމަށްޓަކައި، ﷲ އުފެއްދެވި އެންމެހާ މަޚްލޫޤުންކުރެ އެކަލާނގެ މިތުރެއްކަމުގައި ޚިޔާރުކުރެއްވީ އިބްރާހީމްގެފާނެވެ. ﷲގެ ޙަޟްރަތުން އެކަލޭގެފާނާއި ކުރިމަތިކުރެއްވި އެތައް އެތައް އިމްތިޙާނަކުން، އެކަލޭގެފާނުގެ އީމާންތެރިކަމާއި، ކިޔަމަންތެރިކަމާ، ކެތްތެރިކަން ހާމަވެގެންދެއެވެ. މީގެތެރެއިން އެއްކަމަކީ، ދަރީންގެ ނިޢުމަތުން މަޙުރޫމުވެވަޑައިގެން އެކަނިވެރިގޮތެއްގައި ދިގު ޢުމުރުފުޅެއް ހޭދަކުރައްވަންޖެހިވަޑައިގަތުމެވެ. ކެތްތެރިކަމާއިއެކު އެތައް ޒަމާނަކު އެކަމަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްްވުމަށްފަހު، ޢުމުރުފުޅުން 86 އަހަރުފުޅުގައި އިސްމާޢީލްގެފާނު ލިބިވަޑައިގަތެވެ. އެފަދަ އުފާފުޅު ލިބިވަޑައިގަތްތަނާ، މައްކާގެ ހަނަފަސް ބިމަށް އިސްމާޢީލްގެފާނާއި، އަނބިކަނބަލުން ހާޖަރް ދޫކޮށްލައްވައި، އެނބުރިވަޑައިގަތުމަށް ﷲ އަމުރުކުރެއްވުމުން އެއަމުރުފުޅަށް ކިޔަމަންތެރިކަމާއިއެކު އިޖާބަދެއްވައެވެ. އިސްމާޢީލްގެފާނު އެންމެ ޅަނދޮޅުފުޅު ޢުމުރުގައި، އެކަލޭގެފާނު ޤުރުބާންކުރެއްވުމަށްވެސް ﷲއަމުރުކުރައްވައެވެ. ﷲގެ އެއަމުުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމްގެފާނު ކިޔަމަންތެރިކަމާއިއެކު ތައްޔާރުވެވަޑައިގަތްހިނދުން، ﷲގެ އަމުރުފުޅު ލުއިކޮށްދެއްވިއެވެ. އިސްމާޢީލްގެފާނެކޭ އެއްފަދައިން، އަނބިކަނބަލުން ސާރާގެ ފަރާތްޕުޅުން އިސްޙާޤްގެފާނުވެސް އިބްރާހީމްގެފާނަށް ދަރިކަލެއްގެގޮތުގައި ﷲ މިންވަރުކުރެއްވިއެވެ.

އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނަށް ﷲދެއްވެވި އެންމެބޮޑު ޝަރަފަކީ، ބިންމަތީގައިވާ ﷲގެ ގެފުޅު، ކަޢުބާ، މައްކާގެ ބިމުގައި ބިނާކުރެއްވުމަށް އެދެބަފައިކަލުންނަށް އަމުރުކުރެއްވުމެވެ. އަދިއަދަށްވެސް ކަޢުބާ އެހުރީ އިބްރާހީމްގެފާނުގެ ދެބަފައިކަލުން އެޅުއްވި ބިންގަލުގެ މަތީގައެވެ. އަދި ގެފުޅުގެ އަރިހަށް ޙައްޖަށްގޮސް އަދާކުރެވޭ ގިނަ އަޅުކަންތަކަކީ، އިބްރާހީމްގެފާނުގެ ޙަޔާތްޕުޅާއި ގުޅިފައިވާ ޒިކްރާތަކެވެ.




#Article 116: ލޫޠުގެފާނު (190 words)


ލޫޠުގެފާނަކީ ﷲ ގެ ރަސޫލުންގެ ތެރެއިން ރަސޫލެކެވެ. މި ކަލޭގެފާނު ފޮނުއްވުނީ ޞަދޫމް ބާގައިގެ މީހުންގެ ގާތަށެވެ. ލޫޠުގެފާނަކީ، އިބްރާހީމްގެފާނަށް ބޮޑުބޭބެވިދާޅުވާ ބޭކަލެކެވެ. ﷲގެ އެއްކައުވަންތަކަން ޤަބޫލުފުޅުކުރައްވަވާ، ބޮޑުބޭބޭފުޅު އިބްރާހީމްގެފާނާއިއެކު، ﷲގެ މަގަށް ދަޢުވަތު ދެއްވެވުމުގައި ސާބިތުކަމާއިއެކު މަސައްކަތްޕުޅުކުރެއްވިއެވެ. އިބްރާހީމްގެފާނުގެ އިޒްނަފުޅާއިއެކު، ލޫޠުގެފާނު ވަޒަންވެރިވެވަޑައިގަތީ ސަދޫމްގައެވެ. ﷲގެ ހަޟްރަތުން ނަބީކަމާއި ރަސޫލުކަމުގެ މަތިވެރި ނިޢުމަތް ލޫޠުގެފާނަށް މިންވަރުކޮށްދެއްވުމަށްފަހު، އެކަލޭގެފާނަށް ﷲގެ އަމުރުފުޅުއައީ، ސަދޫމްގެ މީހުންނަށް ﷲގެ މަގަށް ގޮވައިލެއްވުމަށެވެ. މަގުފޭރުމާ، ހެއްދެވިހާ ނުބައިކަމަކަށް އަރައިގަތުމާ، ފާޙިޝްޢަމަލުތަކަށް ތަރުޙީބުދިނުމުގެ ނުބައި އާދަ ދޫކޮށްލުމަށް ޤައުމުގެ މީހުންނަށް ނަޞޭހަތްތެރިވެވަޑައިގަތުމަށެވެ.

ކީރިތިޤުރުއާނުގެ އާޔަތްތަކުން ސާބިތުވާގޮތުގައި، އޭރު ސަދޫމްސަހަރުގެ މީހުންނަކީ، އެމީހުންގެކުރީން އިސްވެގޮސްފައިވާ އެއްވެސްބަޔަކު، ނުކުރާ، މުޅީން އައުވައްތަރެއްގެ ފާޙިޝްޢަމަލެއް ގެނެސްގަނެގެން އުޅުނު ބަޔެކެވެ. އެއީ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމެވެ.

މި ހަޑިހުތުރު އަދި މުޑުދާރު ޢަމަލުދޫކޮށްލައި، ތާހިރު ދިރިއުޅުމެއް ޚިޔާރުކުރުމަށް ތަކުރާރުކޮށް ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ގޮވައިލައްވައެވެ. ﷲގެ ޢަޛާބަށް ބިރުވެތިވުމަށް އިންޒާރުކުރައްވައެވެ.
ނަމަވެސް ފާޙިޝްޢަމަލުތަކާއި، މަގުފޭރުންފަދަ ކަންކަމުގައި ޙައްދުފަހަނައަޅާފައިތިބި ސަދޫމްގެ އަހުލުވެރީންކުރެ ގިނަބަޔަކު ވަރަށް ބޮޑާކަމާއިއެކު އެމީހުން ލޫޠުގެފާނަށް ދަންނަވަނީ، ތިޔަ ދައްކަވަނީ ތެދުވާހަކަފުޅުތަކެއްނަމަ، ތިޔަ އިންޒާރުކުރައްވާ ވައްތަރުގެ ޢަޛާބެއް ނިކަން އަހަރެމެންގެމައްޗަށް ގެނަސްބަލާށޭއެވެ.

ސަދޫމްގެ އަހުލުވެރީންގެ ޢަމަލާއިބަސް މި ދަރަޖައަށް ނޭއްގާނީވުމުން، ﷲގެ އަމުރުފުޅަށް ތިން މަލާއިކަތްބޭކަލަކު ބިމަށް ފައިބާވަޑައިގަންނަވައެވެ. އަދި ބުރުސޫރަރީތި، އިންސާނުންތަކެއްގެ ސިފައިގާ ލޫޠުގެފާނުގެ އަރިހަށް އެބޭކަލުންވަޑައިގެން، އެރޭގެ މެންދަމުން އަލިވެ، ފަތިހާއި ކައިރިވުމުން، ލޫޠުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީސްކޮޅާއިގެން ސަދޫމްސަހަރުން ފައިބާވަޑައިގަތުމަށް އަންގަވައެވެ. އަދި ފަސްއެނބުރި ނުބެއްލެވުމަށް ދަންނަވައެވެ.

ﷲގެ މަލާއިކަތުންގެ އަމުރުފުޅާއި އެއްގޮތަށް ލޫޠުގެފާނު ކަންތައްކުރެއްވުމާއިއެކު، އެރޭގެފަތިހުގެވަގުތުގައި، ސަދޫމްސަހަރުގެ ކާފިރުންތަކުގެމައްޗަށް ގިނިހިލައިގެ ވާރޭއެއް ﷲ ވެއްސެވިއެވެ. އަދި ﷲގެ އަމުރުފުޅަށް އެސަހަރު ބަންޑުންޖެހިގެންދެއެވެ.
ސަދޫމްސަހަރުގެ ފާޙިޝްއަހުލުވެރީން ބަންޑުންޖެއްސެވިތަނުގައި މިއަދު އެއޮތީ ޑެޑްސީއެވެ. ކަނޑުގެ އެސަރަޙައްދުގައި ލޮނުގެ ނިސްބަތްމަތިކަމާއިއެކު، އަދިއަދަށްވެސް ދިރޭތަކެތި އާލާނުވާކަމުގައި ދިރާސާކުރާ ފަރާތްތަކުންބުނެއެވެ.

 




#Article 117: އިސްޙާޤުގެފާނު (198 words)


އިސްޙާޤުގެފާނަކީ ﷲ ގެ ރަސޫލެކެވެ. މިއީ އިބްރާހީމްގެފާނުގެ ދަރިކަލެކެވެ. ކީރިތިޤުރުއާނުގައި، އެބޭކަލަކު ދުނިޔެއަށް އުފަންކުރައްވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު ﷲގެ ޙަޟްރަތުން ދެއްވިކަމުގެ ވާހަކަ އެންމެ ގިނައިން، ބަޔާންވެގެންވާ އެއްބޭކަލަކީ، އިސްޙާޤް ޢަލައިހިއްސަލާމްއެވެ. ކީރިތިޤުރުއާނުގެ ޞާއްފާތު، ހޫދް، ޙިޖްރު، ޛާރިޔާތު މިއިން ކޮންމެ ސޫރަތެއްގައިމެ، އިސްޙާޤް ޢަލައިހިއްސަލާމް ދުނިޔެއަށް އުފަންކުރައްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު، އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމް ޢަލައިހިއްސަލާމްއަށާއި، މައިކަމަނާ ސާރާއަށް އެންގެވި ޙާދިސާ ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާންކުރައްވާފައިވެއެވެ.

މި ސޫރަތްތަކުގެ ފަތްފުށްތަކުން އެނގި ކަށަވަރުވާގޮތުގައި، މި އުފާވެރި ޚަބަރާއިގެން އިބްރާހީމްގެފާނާއި ސާރާގެ އަރިހަށް ﷲ ފޮނުއްވެވި މަލާއިކަތްބޭކަލުންނަކީ، ވަރަށް މުހިއްމު ދެ ކަމަކާއިގެން ބިންމައްޗަށް ފޮނުއްވުނު މަލާއިކަތްބޭކަލުންނެވެ. އެއްކަމަކީ، އިބްރާހީމްގެފާނުގެ ދެކަނބަލުންނަށް، އިސްޙާޤުގެ އުފާވެރިކަމުގެ ޚަބަރުދެއްވުމެވެ. އަނެއްކަމަކީ، ސަދޫމްގެ އަހުލުވެރީންކުރެ، ލޫޠުގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، ފާޙިޝްޢަމަލުތަކުގައި ދެމިތިބި މީހުންނާއިއެކު އެ ޤައުމު ހަލާކުކުރެއްވުމެވެ. ތަފްސީރު ޢިލްމުވެރީން ބުރަވެވަޑައިގަންނަވާގޮތުގައި މި މުހިންމު ދެ ކަންތަކާއިގެން ﷲ ފޮނުއްވެވި މަލާއިކަތް ބޭކަލުންނީ، ޖިބްރީލް، މީކާއީލް، އިސްރާފީލްއެވެ.

އިސްޙާޤްގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު ﷲގެ ޙަޟްރަތުން ލިބިވަޑައިގަތް އިރު، އިބްރާހީމްގެފާނުގެ ޢުމުރުފުޅުން 100 އަހަރުފުޅެވެ. ސާރާގެ ޢުމުރުފުޅުން 90 އަހަރުފުޅެވެ. މިހާ ދުވަސްވީ ޢުމުރުފުޅެއްގައިވަނިކޮށް، ދަރިކަލަކު ދެއްވާނޭކަމުގައި ﷲގެ ޙަޟްރަތުން އައި ބަޝާރަތު، އެ ދެކަނބަލުންނަށްވީ ބޮޑު ޙައިރާންކަމަކަށެވެ. އިސްޙާޤްގެފާނަށްފަހު، އެކަލޭގެފާނުގެ ފުށުން، ޔަޢްޤޫބުގެފާނު ( އިބްރާހީމްގެފާނުގެ ކާފަދަރިކަލެއްގެގޮތުގައި ) ދެއްވަވާނޭކަމުގެ ހެޔޮ ޚަބަރުވެސް ﷲގެޙަޟްރަތުން އެދުވަހު ދެއްވައެވެ.

ﷲ އެކަލާނގެ ވަޢުދުފުޅު ފުރިހަމަކުރައްވާވޮޑިގަންނަވައެވެ. އެދެކަނބަލުންގެފުށުން އިޞްޙާޤް އުފަންކުރައްވައެވެ. އަދި އެކަލޭގެފާނީ މާތް ބަރަކާތްތެރި ނަބީބޭކަލަކުކަމުގައި ލައްވައެވެ. އިސްޙާޤުގެފާނު ބޮޑުފުޅުވެ، ކައިވެނި ބައްލަވައިގަތުމުން، އިސްޙާޤްގެފާނުގެ ދަރިކަލެއްގެގޮތުގައި ޔަޢްޤޫބުގެފާނު ދެއްވައެވެ.

އިސްޙާޤްގެފާނަކީ، ވަރަށް އަޅުވެރި މާތް ދިރިއުޅުމެއް ވޭތިކުރެއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނާއިމެދު މަދަޙައާއި ތަޢްރީފުގެ ބަސްފުޅުތައް މާތްﷲވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ. އިސްޙާޤްގެފާނަކީ ބަރަކާތްތެރި ބޭކަލަކުކަމުގައި ﷲލެއްވިފަދައިން، އެކަލޭގެފާނުގެ ދަރިފަސްކޮޅުގައިވެސް ﷲ ބަރަކާތްލެއްވިއެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅުން އެތައް ނަބިއްޔުންނަކާ، ރަސޫލުންނަކާ، އަޅުވެރި ތަޤްވާވެރީން މާތްﷲ އުފަންކުރެއްވިއެވެ.




#Article 118: އިސްމާޢީލުގެފާނު (140 words)


އިސްމާޢީލުގެފާނަކީ ﷲ ގެ ރަސޫލެކެވެ. އިބްރާހީމްގެފާނުގެ ދަރިކަލެކެވެ. އިސްމާޢީލްޢަލައިހިއްސަލާމްއަކީ، އިބްރާހީމްޢަލައިހިއްސަލާމްގެ ދޮށީދަރިކަލުންނެވެ. އިސްމާޢީލްޢަލައިހިއްސަލާމްގެ އެންމެ ތުއްޕުޅު ޢުމުރުފުޅުގައި، އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މައިކަމަނާ ހާޖަރްއާއިގެން މައްކާގެ ސަރަޙައްދަށް އިބްރާހީމްގެފާނު ވަޑައިގެންނެވިއެވެ. އަދި ކިރުފޮދު ހިއްޕަވާ ޢުމުރުފުޅުގައިވި ތުއްޕުޅުދަރިކަލުންނާއި، އެދަރިކަލުންގެ މައިކަމަނާ، ފާރާންފަރުބަދައިގެ ސަރަޙައްދަށް ދޫކޮށްލައްވާ، އެނބުރިވަޑައިގެންނެވިއެވެ.

ދެމައިކަނބަލުންގެ ކޮއްތަކަށް އެހިނދުހުރީ ނުހަނު ކުޑަފެންފޮދަކާއި ކަދުރުކޮޅެކެވެ. އެފަދަ ޙާލުގައި، ދެމައިކަނބަލުން މިފަދަ ހަނަފަސް ތަނަކަށް ދޫކޮށްލައްވަނީ ކީއްވެތޯ، އަދި ވަޑައިތިޔަގަންނަވަނީ ކީއްވެތޯ، ހާޖަރް ސުވާލުކުރެއްވުމުން އިބްރާހީމްގެފާނުގެ ޖަވާބަކަށްވީ، އެއީ ﷲ އަމުރުކުރެއްވިގޮތްކަމުގައި ވިދާޅުވުމެވެ. އެހިނދު ހާޖަރް ވިދާޅުވިއެވެ. ތިޔަހެންކަމަށްވަންޏާ، ތިމަންމެން ދެމައިކަނބަލުންނަށް ﷲ ބައްލަވާވޮޑިގެންވާނެއެވެ.

ދެމައިކަނބަލުން ގިނިކަންޏާ ވީތާ މާގިނައިރެއްނުވެ، ކަދުރުކޮޅާއި ފެންފޮދު ހުސްވެއްޖެއެވެ. އަދި ތުއްޕުޅު އިސްމާޢީލްއާއި ހާޖަރަށްވެސް، އިންތިހާއަށް ކަރުހިއްކުން އިޙްސާސްކުރެއްވެން ފަށައިފިއެވެ. މިޙާލަތުގައި ފެންފޮދެއް ލިބޭތޯ، ނުވަތަ މީހެއްގެ ހިލަމެއްވޭތޯ، ދުވެވަޑައިގެން އެއްފަރާތުން ފެންނަންހުރި ޞަފާފަރުބަދައަށް ހާޖަރު އަރާވަޑައިގަންނަވައެވެ. އަދި އެފަދަ ހިލަމެއް ނިޝާނެއް ނެތުމުން، އަނެއް ފަރާތުން ފެންނަންހުރި މަރްވާ ފަރުބަދައަށް އަރާވަޑައިގަންނަވައެވެ. ދެފަރުބަދަ ދޭތެރޭ މި ބީދައިން ހަތްފަހަރު ހާޖަރް ދުވެވެޑައިގަތެވެ. އަދިއަދަށްވެސް، އެ ޙާދިސާގެ ޒިކްރާ ޙައްޖުގެ އަޅުކަމުގައި، ޞަފާ،މަރްވާ ހިނގުމުގެ ގޮތުގައި މުސްލިމުން އައުކުރަމުން ގެންދެއެވެ.
ދެފަރުބަދަ ދޭތެރޭ ހާޖަރް ދުވެވަޑައިގަތް 7 ވަނަ ފަހަރާއިއެކު، ﷲގެ އަމުރުފުޅަށް ރަޙްމަތުގެ މަލާއިކަތުން ވަޑައިގަންނަވައެވެ. އަދި ޒަމްޒަމްފެނުގެ ކޯދު އެ ފަސްގަނޑުން ނެރުއްވައެވެ.




#Article 119: ޔައުޤޫބުގެފާނު (219 words)


ޔައުޤޫބުގެފާނު (ܝܰܥܩܽܘܒ:in Syriac) އަކީ ނަބީ ބޭކަލެކެވެ. އެ ކަލޭގެފާނުގެ ބައްޕާފުޅަކީ އިސްޙާޤުގެފާނެވެ. ޔަޢްޤޫބު ޢަލައިހިއްސަލާމްއަކީ، އިސްޙާޤް ޢަލައިހިއްސަލާމްގެ ދަރިކަލެކެވެ. ޔަޢްޤޫބުގެފާނާއި އެއްމާބަނޑުގައި އެހެން ދަރިކަލަކުވެސް އިސްޙާޤްގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެދަރިކަލުންގެ ނަމަކީ ޢީޞް އެވެ.

ޔަޢްޤޫބުގެފާނުގެ ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ ލަޔާ ކިޔާ ބޭކަނބަލަކާއިއެވެ. އެއަށްފަހު، ލަޔާގެ އުޚްތެއްކަމުގައިވާ ރާޙީލްއާއިވެސް އެކަލޭގެފާނު ކައިވެނިބައްލަވާގަތެވެ. ލަޔާގެ ފަރާތްޕުޅުން ގިނަ ދަރިކަލުންތަކެއް ޔަޢްޤޫބަށް ލިބިވަޑައިގަނެއެވެ. އެހެން ނަމަވެސް ރާޙީލްގެ ފަރާތްޕުޅުން ލިބިވަޑައިގަތީ ހަމައެކަނި، ޔޫސުފްއާއި ބުންޔާމީންއެވެ.

ޤުރުއާނުގެ ފަތްފުށްތަކުގައި ޔަޢްޤޫބު ޢަލައިހިއްސަލާމަކީ ތެދުވެރި ނަބިއްޔެއްކަމާއި، އަދި ﷲއަށް އަޅުކަންކުރެއްވި ޞާލިޙު އަޅެއްކަން ބަޔާންކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނާއިމެދު މަދަޙައިގެ ބަސް ވަޙީކުރައްވާފައިވެއެވެ.
ޔަޢްޤޫބުގެފާނަށް ގިނަ ދަރީންތަކެއްގެ ނިޢުމަތެކޭ އެއްފަދައިން ތަނަވަސްކަންވެސް ﷲ މިންވަރުކުރެއްވިއެވެ. އެކަލޭގެފާނު ދިރިއުޅުއްވުމަށްޓަކައި ކުރެއްވި މައިގަނޑު މަސައްކަތްޕުޅު ކަމުގައިވާ ބަކަރި ހުއިހެއްޕެވުމުގެ މަސައްކަތުގައި ބަރަކާތްލެއްވެވިއެވެ.

ގިނަ ދަރިކަލުންތަކަކާއިއެކު ދިރިއުޅުއްވުން ހޭދަކުރައްވަމުން ދިޔައިރު އެކަލޭގެފާނާއި ކުރިމަތިވެވަވަޑައިގަތް އެންމެބޮޑު އިމްތިޙާނަކީ ދަރިކަލުން ޔޫސުފްދެކެ ޔަޢްޤޫބުގެފާނު މާބޮޑަށް ލޯބިވެވަޑައިގަންނަވާކަމުގައި އެކަލޭގެފާނުގެ އެހެން ދަރިދަރިކަލުންނަށް ހީފުޅުވުމުގެ ސަބަބުން ދިމާވި ކަންތައްތަކެވެ. މި ކަންތައްތަކުގެ ތެރޭގައި ޔޫސުފް ގެއްލިވަޑައިގަންނަވަން ޖެހުނުގޮތާއި އޭގެފަހަށް ކަންތައްތައް ހިނގައިދިޔަގޮތް ވަރަށް ތަފްޞީލުކޮށް ކީރިތިޤުރުއާނުގެ ޔޫސުފް ސޫރަތުގައި އެވަނީއެވެ. ޔޫސުފް ގެއްލިވަޑައިގަތީއްސުރެ، ޔޫސުފް އާއި ބައްދަލުވެވަޑައިގަތުމަށް ދާންދެން ކެތްތެރިކަމާއި އަދި ﷲގެ ޙަޟްރަތުން ވާގިއެދިވަޑައިގަތުމުގައި ޔަޢްޤޫބުގެފާނު ދުވަސްތައް ހޭދަކުރެއްވިއެވެ. އެދުވަސްތަކުގައި ދަރިކަލުން ޔޫސުފްއާއިމެދު ހިތާމަފުޅު ކުރައްވަމުންގޮސް އެކަލޭގެފާނުގެ ލޯފުޅު މުޅީން ހުދުވިކަމަށް ކީރިތިޤުރުއާނުގައި ބަޔާންވެގެންވެއެވެ.

ދަރިކަލުން ޔޫސުފްއާއި، ޔަޢްޤޫބުގެފާނު ބައްދަލުވަވަޑައިގަންނަވަނީ، ޔަޢްޤޫބުގެފާނުގެ ޢުމުރުފުޅުން 130 އަހަރުފުޅުގައެވެ. ކަންތައްތައް ހިނގައިދިޔަގޮތް ސާފުވެވަޑައިގަތުމުން، ޔަޢްޤޫބުގެފާނު އެކަލޭގެފާނުގެ ހުރިހާ ދަރިދަރިކަލުންނަށް ފާފަފުއްސަވައިދެއްވުން އެދި ދުޢާކުރައްވައެވެ.

ޔަޢްޤޫބުގެފާނަކީ ވަރަށް ޙިކްމަތްތެރި ވިސްނުންތެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކި ޙާދިސާތަކާއި ގުޅިގެން ދެއްވަފާފައިހުރި ނަޞޭޙަތްތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ޚަބަރުތައް މިކަން ޔަޤީންކޮށްދެއެވެ.
ޔަޢްޤޫބުގެފާނު އަވަހާރަވީ ޢުމުރުފުޅުން 140 އަހަރުފުޅުގައިކަމަށް ގިނަ ރިވާޔަތްތައް ބުނެއެވެ. އަވަހާރަވުމުގެ ވަގުތު ކުޑަތަންވެއްޖެކަމުގެ އިޙްސާސް އެކަލޭގެފާނަށް ކުރެއްވުނު ހިނދު، އެކަލޭގެފާނުގެ ދަރިދަރިކަލުން އެއްކުރައްވައި، ﷲއަށް އަޅުކަންކުރުންމަތީ ދެމިތިބުމަށާއި، އެގޮތުގައި ނޫނީ މަރުވެ ނުދިއުމަށް ވަޞިއްޔަތްކުރެއްވިއެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގައި މިވަޞިއްޔަތުގެ ވާހަކަ މާތްﷲ ބަޔާންކުރައްވާފައިވެއެވެ.

 

 




#Article 120: ޔޫސުފުގެފާނު (306 words)


ޔޫސުފުގެފާނަކީ ޔައުޤޫބުގެފާނުގެ ބާރަ ބޭފުޅުންގެ ތެރެއިން އެއް ބޭފުލެކެވެ. މި ކަލެގެފާނަކީ ވެސް ނަބީ ބޭކަލެކެވެ. ޔޫސުފްގެފާނުގެ ޙަޔާތްޕުޅުގެ ވާހަކަތައް ކީރިތިޤުރުއާނުގައި ފެށިގެން އަންނަނީ، އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅެއްގެ ޚަބަރުންނެވެ. 11 ތަރިއާއި، އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރާތީ ދެކެވަޑައިގަތް ހުވަފެންފުޅުގެ ވާހަކަ، ބައްޕާފުޅު ޔަޢްޤޫބު ޢަލައިހިއްސަލާމްގެ އަރިހުގައި ދެންނެވުމުން، ބައްޕާފުޅުގެ ނަޞޭޙަތަކަށްވީ އެ ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ އެހެން އަޚުންނަށްވެސް ހާމަނުކުރައްވާ ސިއްރުކުރެއްވުމެވެ.

ޔޫސުފްގެފާނަކީ، މޫނުފުޅު ނުހަނު އަލި، ބުރުސޫރަ ރިވެތި ބޭކަލެކެވެ. އެކަލޭގެފާނުގެ މައްޗަށް، ބައްޕާފުޅު ޔަޢްޤޫބުގެފާނުގެ ހިތްޕުޅުގައި މާބޮޑު ކުލުނުވެތިކަމަކާއި ލޯތްބެއް އޮންނަކަމަށް، އެކަލޭގެފާނުގެ އެއްބަފާ އަޚުންނަށް ކުރެވެންފެށި ކުށްހީތަކުގެ ނަތީޖާއެއްގެގޮތުން، އެ ހުރިހާ އަޚުންގެ ހިތްތަކުގައި، ޔޫސުފްގެފާނާއިމެދު ޙަސަދަވެރިކަން އުފެދެއެވެ. އަދި މިޙަސަދައިގެ ގިނި ގަދަވެ، ޔޫސުފްގެފާނު ގޮވައިގެން އެކަލޭގެފާނުގެ އަޚުން ދުރު ހިސާބަކަށްގޮސް، ދަތުރުވެރީން ފެންނެގުމަށްޓަކައި ހަދާފައިހުރި ފުން ވަޅެއްގެ ތެރެއަށް އެކަލޭގެފާނު އެއްލާލިއެވެ. އަދި ޔޫސުފްގެފާނުގެ ގަމީސްކޮޅުގައި ޖަނަވާރެެއްގެ ލޭ އުނގުޅައިގެން ބައްޕާފުޅުގެ އަރިހަށް އެނބުރިއައިސް، ތުއްޕުޅު ޔޫސުފްއާއި، މިނިވާވަގެއް ޙަމަލަދީ، ޔޫސުފް ކާލައިފިކަމަށް ޚަބަރުދިނެވެ.

ވަޅުގެ ތެރެއަށް ވައްޓާލާފައިވާ ތުއްޕުޅު ޔޫސުފް، ފެނުނީ، ފެން ހޯދުމަށް އެ ވަޅުގެ ކައިރިއަށް އައި ޤާފިލާއެއްގެ ބަޔަކަށެވެ. އެދުވަސްވަރަކީ އަޅުންގެގޮތުގައި އިންސާނުން ވިއްކުމުގެ ބާޒާރު ތިޔާގި ދުވަސްވަރެއްކަމުން ޤާފިލާގެ މީހުން، ޔޫސުފްގެފާނު ހޮވައިގެން، އެފަދަ ބާޒާރަކަށް ގެންގޮސް ނޯކިރީކޮށްދޭ އަޅުކުއްޖެއްގެގޮތުގައި ވިއްކާލީއެވެ.

ބާޒާރުން ޔޫސުފް ބައްލަވައިގަތީ، މިޞްރުގެ ޚަޒާނާތަކުގެ ވަޒީރެވެ. އޭނާ ޤަޞްދުކުޅައީ ދަރިއެއްގެގޮތުގައި ޔޫސުފްގެފާނު ބެލުމަށެވެ. މިގޮތުގައި ވަޒީރުގެ ގޭގައި ޔޫސުފްގެފާނު އުޅުއްވަނިކޮށް، ވަޒީރުގެ އަނބިކަނބަލުން، ނުރަނގަޅު ގުޅުންތަކެއް ޔޫސުފްގެފާނާއިއެކު ބޭއްވޭތޯ ގަދަބާރުން މަސައްކަތްކުރިއެވެ. މިކަމުގެ ޚަބަރުތައް ބޭޒާރުވެ، އުފެދުނު ފިތުނައިގެ ނަތީޖާއަކީ، ޔޫސުފްގެފާނު ޖަލުގައި ހައްޔަރުކުރުމެވެ. ޖަލުގެ މިތުރުންގެގޮތުގައި ދެމީހަކު ޔޫސުފްގެފާނަށް ލިބިވަޑައިގަތެވެ. އެދެމީހުންނަށް ފެނުނު ހުވަފެން ޔޫސުފްގެފާނު ތަޢުބީރުކޮށްދެއްވިއެވެ. ޖަލުގެ ދެ މިތުރުންނާއިމެދުވެސް ކަން ހިނގައިދިޔައީ ޔޫސުފްގެފާނުގެ ތަޢުބީރާއި އެއްގޮތަށެވެ. ޖަލުން ސަލާމަތްވެ، ރާފޮދު އަރުވާ އޮގަރުގެ މަޤާމް ލިބުނުމީހާއަށް ޔޫސުފްގެފާނުގެ މަތީން ހަނދާންވީ، ރަސްގެފާނަށް ފެނިވަޑައިގަންނެވި ހުވަފެންފުޅެއްގެ ތަޢުބީރު ހޯއްދެވުމަށް ރަސްގެފާނު ބޭނުންފުޅުވި ހިސާބުންނެވެ.

ޖަލުގައި ހުންނެވި ޔޫސުފްގެފާނު، ރަސްގެފާނުގެ ހުވަފެންފުޅުގެ ތަޢުބީރު ވިދާޅުވެދެއްވިއެވެ. ޔޫސުފްގެފާނުގެ ތެދުވެރިކަމާއި ކުށެއްނެތްކަން ރަސްގެފާނަށް އެނގިވަޑައިގެންފިހިނދު، ޖަލުން ސަލާމަތްކުރައްވާ، ޚަޒާނާތަކުގެ ވަޒީރެއްކަމުގައި ލެއްވިއެވެ.

ރަސްގެފާނުގެ ހުވަފެންފުޅާއިވިދިގެން އައި ތިޔާގި ހަތްއަހަރަށްފަހު، ދެން ފެށުނު ތަދުމަޑުކަމުގެ ހަތް އަހަރުގައި، ކާބޯތަކެތި ހޯދުމަށް އެކިހިސާބުން އައި ޖަމާޢަތްތަކުގެތެރޭގައި، ޔޫސުފްގެފާނުގެ އަޚުންވެސް ހިމެނިއްޖެއެވެ. އޭރު ޔޫސުފްގެފާނު ހުންނެވީ، މިޞްރު ރަސްގެފާނުގެ ފުރިހަމަ ދަރަޖައާއި ޢިއްޒަތުގައެވެ. ރަސްކަމުގައި އެހުންނެވީ، އެއުރެންގެ އަތްތަކުން ފުން ވަޅަކަށް ވައްޓާލި ޔޫސުފްގެފާނުކަން، އެކަލޭގެފާނުގެ އަޚުންނަށް އެނގުނީ ގިނަ ގިނަ ހާދިސާތަކެއް ހިނގައިދިޔުމަށްފަހުއެވެ. ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް މަޢާފްކުރައްވާ ހެޔޮދުޢާކުރެއްވިއެވެ. އަދި އަޚުން ފޮނުއްވައިގެން ބައްޕާފުޅު ޔަޢްޤޫބް ޢަލައިހިއްސަލާމް ގެންނެވިއެވެ.

އަށްޑިހަ އަހަރަށްވުރެ ގިނަދުވަހުގެ ހިތާމައާއި ދިގު އިންތިޒާރަށްފަހު ރަސްކަމުގެ ދަރުބާރެއްގެ ތެރެއިން، ފުރިހަމަ ޢިއްޒަތުގައި ދެބަފައިކަލުން ބައްދަލުވެވަޑައިގަނެއެވެ. އެހިނދު ޔޫސުފްގެފާނުގެ އެގާރަ އަޚުންނާއި، ބަފައިކަލުންނާއި މައިކަނބަލުން، އިޙްތިރާމާއިއެކު ޔޫސުފްގެފާނަށް ކުރުނީސްކުރެއެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ތަޢުބީރަކީ މިއީއެވެ.




#Article 121: އައްޔޫބުގެފާނު (258 words)


އައްޔޫބުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. ދުނިޔޭގެ މި ވަގުތީ ދަތުރުގައި، އެކި އިންސާނުން ކުރިމަތިލަނީ އެކި ކަހަލަ ތަޖްރިބާތަކާއެވެ. ބައެއް މީހުން ތަނަވަސްކަމުގެ އިންތިހާގައި، އުފަލާ އަރާމުގައި ދިރިއުޅޭއިރު، އަނެއްބައި މީހުން ފަގީރުކަމާއި ހައިހޫނުކަމުގައި ދިރިއުޅުން ވޭތިކުރަން ޖެހެއެވެ. ބައެއް މީހުން ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމުގައި ދިގު ޢުމުރު ހޭދަކުރާއިރު، ބަލިބަލީގެ ވޭނާއި އުނދަގުލުގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރަނީ ކިތައް މީހުންތޯއެވެ؟ ވެރިކަމާއި އާރާއި ބާރުގައި އެއްބަޔަކު އުޅޭއިރު، ނިކަމެތިކަމާއި، އަޅުވެތިކަން ތަޙައްމަލްކުރާ މީހުންވެސް މަދެއްނޫނެވެ. އިންސާނާއަށް ކުރިމަތިވާ މިފަދަ ކޮންމެ ޙާލަތަކީވެސް އިމްތިޙާނެކެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ﷲ އެންގެވިމަގުން ކަންތައްކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދޭ މީހާއީ، އިމްތިޙާނުން ފާސްވެ، ކާމިޔާބު ލިބެނިވި މީހާއެވެ.

ﷲގެ އަޅުތަކުންކުރެ، ސަލާމްލެއްވި އައްޔޫބުގެފާނުގެ ހަޔާތްޕުޅާއިމެދު ވިސްނާ ވަޑައިގަންނަވާށެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ޒުވާންދުވަސްވަރު ބޮޑުވެގެންވާ ތަނަވަސްކަމަކާއި އުފާވެރި ދިރިއުޅުމެއް ﷲ މިންވަރުކުރެއްވިއެވެ. ފާގަތިކަމުގެ ދުވަސްވަރުގައި، އެކަލޭގެފާނުގެ އެތަކެއް ރަޙްމަތްތެރީންނާއި، ސަހަރޯވެރީންނާއި، އަހުލުޢިޔާލުން އަބަދުމެ އެކަލޭގެފާނާއި އެކުގައިވިއެވެ. މި ހުރިހާ ނިޢުމަތްތަކުގެ ވަގުތުގައި އެކަލޭގެފާނު، ﷲގެމަތީން ހަނދުމަކުރައްވާ، ނިޢުމަތްތަކަށް ޝުކުރުވެރިވެވަޑައިގަތެވެ.

ދެން އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ކުރިމަތިވީ އުނދަގުލާއި ހިތްދަތިކަމުގެ ދުވަސްތަކެކެވެ. ކުރިމަތިވެވަޑައިގަތް އާލާސްކަންފުޅެއްގެ ވޭން ބޮޑުވަމުންގޮސް، އެކަލޭގެފާނުގެ މުޅި ހަށިކޮޅު ފާރުވެދިޔައެވެ. ދުވަހެއް ދުވަހަކަށް ބަލީގެ ވޭން އިތުރުވަމުން ދިޔުމުގެ ސަބަބުން، އެކަލޭގެފާނަށް ލިބިވަޑައިގެންވީ ތަނަވަސްކަން ގެއްލި ހިނގައްޖެއެވެ. އެކަލޭގެފާނުގެ ވަށައއިގެންވީ މިތުރުންނާއި ސަހަރޯވެރީންވެސް އެކަލޭގެފާނާއި ދުރުހެލިވެއްޖެއެވެ.

މިފަދަ ހިތްދަތި ޙާލަތުގައި 18 އަހަރު ހޭދަކުރައްވަން ޖެހިވަޑައިގަތްއިރު، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނަށް ޚިދުމަތްކޮށް ޙާލުދެކިލާ ހަދާނެ އެހެން އެކަކުވެސްނެތެވެ. ދިރިއުޅުމަށް މި ކުރިމަތިވެވަޑައިގަތް ދަތިކަމާއި އެކަނިވެރިކަމުގެ ވަގުތުގައިވެސް އައްޔޫބު ޢަލައިހިއްސަލާމް ތާއަބަދު ﷲ ހަނދުމަކުރެއްވިއެވެ. ﷲ މިންވަރުކުރެއްވި ޙާލަތުގެމައްޗަށް ކެތްތެރިވެވަޑައިގެން ރެއާއި ދުވާލު ﷲގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ. ﷲގެ ރަޙްމަތާއިމެދު އެކަލޭގެފާނު އުއްމީދު ކަނޑައެއް ނުލައްވައެވެ.

އައްޔޫބު ޢަލައިހިއްސަލާމްގެ މި ކެތްތެރިކަމާއި އީމާންތެރިކަމާއިމެދު މަދަޙައިގެ ބަސްފުޅު ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް މާތްﷲ ވަޙީކުރައްވާފައިވެއެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންފައިވާ އުނދަގޫތަކުން ސަލާމަތްކުރެއްވުމަށް ﷲ މިންވަރުކުރެއްވި ހިނދު، އެކަލޭގެފާނުގެ ފައިންޕުޅުން ބިންމަތީގައި ޖެއްސެވުމުން، ބިމުގެތެރެއިން ފެނުގެ ކޯދެއް ﷲ ނެރުއްވިއެވެ. އަދި ﷲގެ އަމުރުފުޅަށް، އެ ފެނުން އައްޔޫބުގެފާނު ނާނެފުޅުފިއްލެވުމާއިއެކު، ހަށިކޮޅުގައިވާ ބަލީގެ ހުރިހާ ތުރާލަކުން މިންޖުވެވަޑައިގަތެވެ.

އެއަށްފަހު އަނެއްކާވެސް އިހަށްވުރެ ބޮޑު ތަނަވަސްކަމަކާއި، ދަރީންގެ ނިޢުމަތް އައްޔޫބުގެފާނަށް ﷲ މިންވަރުކުރެއްވިއެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ މި އުފާފާގަތިކަމުގައި 70 އަހަރު ހޭދަކުރެއްވުމަށްފަހުއެވެ. އައްޔޫބު ޢަލައިހިއްސަލާމް ނިސްބަތްވެވަޑައިގަންނަވަނީ، އިބްރާހީމްގެފާނުގެ، އިސްޙާޤްގެފާނުގެ ޢީޞްގެ ދަރިކޮޅަށެވެ. އެކަލޭގެފާނު ދިރިއުޅުން ހޭދަކުރެއްވީ ރޫމްކަރައިގައެވެ.




#Article 122: އާޓިމިސް ފައްޅި (530 words)


ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ބެލެވުނު އާޓިމިސް ފައްޅި ހުންނަނީ ތުރުކީގެ އެފީސޫސް އޭ ކިޔޭ ގަދީމީ ރަށުގައެވެ. މިރަށް އޮންނަނީ ތުރުކީގެ އިޒްމީރުގެ 50 ކިލޯ މީޓަރު ދެކުނުން އޮންނަ ސެލޫކު އޭ ކިޔޭ އަވަށުގެ ކައިރީގައެވެ. މިފައްޅީގެ ބިންގާ އެޅިފައިވަނީ ޢީސާގެ ފާނުގެ 7 ގަރުނު ކުރިންކަމަށް ވެއެވެ. އަދި ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 550 އަހަރު ކުރިންނެވެ. މިހާރު އެފީސޫސް އަށް ކިޔައި އުޅޭ ނަމަކީ އާޔާ ސަލޫކް އެވެ. 

އާޓިމިސް ފައްޅީގައި ރަން ވަންލޯ އިން ހަދާފައިވާ ބުދުތައް ވެއެވެ. މިބުދުތައް ހަދައިފައިވަނީ އެދުވަސްވަރު ބުދު ހެދުމަށް މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ފީޑިއާސް، ކްރެޒިލަސް، ފްރެޑްމޮން، އަދި ޕޮލިކް ލީޓަސް ފަދަ މީހުން ހިމެނެއެވެ.

އެއްދުވަސް ވަރެއްގައި މިފައްޅި ދީނީ ކަންތައްތަކުގައި ބޭނުން ކުރުމުގެ އިތުރުން ބާޒާރެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފައި ވެއެވެ. ދުވަސްތަކެއް ވަންދެން މިފައްޅި އަށް ޒިޔާރަތް ކޮށްފައިވަނީ ފަތުރުވެރިންނާއި، ރަސްރަސްކަލުން، ވިޔަފާރި ވެރިންނާއި، މުއްސަދިން، އަދި ފަންނީ ޢިލްމު ވެރިންނެވެ. ދާދި ފަހުން ފައްޅި ހުރި ހިސާބު ކޮނެގެން ވަނީ ތަފާތު އާޘާރީ ތަކެތި ފެނިފައެވެ. އޭގެ ތެރޭގައި ރަނާއި އެތުދަތް ބޭނުންކޮށްގެން ހަދާފައިވާ އާޓިމިސްގެ ބުދަކާއި، ކަންފަތުގައި ލާ މުދި، އަތުގައި އަޅާ އުޅާ، އަދި ކަރުގައި އަޅާ ހާރު، ފަށް ފަދަ ތަކެތި ފެނިފައި ވެއެވެ. 

ބުނެވޭ ގޮތުގައި އާޓިމިސް އަކީ އިހު ޒަމާނުގައި އެފީސޫސް މީހުން ބިމުގެ ކަލާންގެ ގޮތުގައި ގަބޫލު ކުރި އަންހެނެކެވެ. އެހެން ކަމުން އެފީސޫސްގެ އަހުލުވެރިންގެ މެދުގައި އާޓިމިސް އަށް ދެވިފައިވާ ގަދަރުގެ މަތިވެރިކަމުން އޭނާ އަށް ފައްޅި އަށް ބިނާކުރެއްވި އެވެ. އަދި މިފައްޅި ދުނިޔޭގެ ނިސްބަތުން މަޝްހޫރު ބުދު ފައްޅި އަކަށް ވެގެން ދިޔައެވެ. 

އާޓިމިސް ފައްޅި ބިނާކުރެވިފައިވަނީ ތަފާތު ފަހަރުތަކުގެ މަތީންނެވެ. މިގޮތުން ފުރަތަމަ ބިނާކުރަން ފެށުނީ މީލާދީން 6 ވަނަ ގަރުނުގެ ކުރިންނެވެ. އެފަހަރު ފައްޅި އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޢިމާރާތް ކުރުމުގެ ފަންނުގައި ހޮވާލެވޭ މީހެއްކަމަށްވާ ޝީރުޝިފްރޯން އަދި އޭނާގެ ފިރިހެންދަރި މީޓަޖީންސް ގުޅިގެންނެވެ. އެއަށްފަހު ލީޑިއާގެ ރަސްކަލުން ކްރޯސޯސް ވަނީ ފައްޅި އިތުރަށް ބިނާކުރުމުގެ މަސައްކަތް ކޮށްފައެވެ. ބުނެވޭގޮތުގައި އެއްކޮށް ފައްޅި ބިނާކޮށް ނިންމުމަށް 120 އަހަރު ހޭދަވި އެވެ. 

އީސާގެ ފާނުގެ ކުރިން 356 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެފީސޫސްގެ މީހެއް ކަމުގައިވާ ހީރޯ ސްޓްރާޓޫސް މިފައްޅި އަންދާލި އެވެ. އޭނާގެ ބޭނުމަކީ އެކަމުގެ ސަބަބުން އޭނާގެ ނަން މަޝްހޫރު ކުރުން ކަމަށް ވެއެވެ. އެއަށްފަހު އަލުން ފައްޅި ބިނާކުރުމުގެ މަސައްކަތް ފެށުނެވެ. 

އަލުން ފައްޅި ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 323 އަހަރު ކުރިންނެވެ. އެފަހަރު ބިނާކޮށް ނިމުނު އިރު ދިގުމިނުގައި 425 ފޫޓް އަދި ފުޅާ މިނުގައި 225 ފޫޓް ހުއްޓެވެ. ފައްޅީގައި ސަންގު މަރުމަރު ހިލައިން ހަދާފައިވާ 127 ތަނބު ހުރެއެވެ. މިއިން ކޮންމެ ތަނބެއްގެ އުސްމިނުގައި 60 ފޫޓް ހުރެއެވެ. ތަނބުތައް ނޫން ފައްޅީގެ އެހެން ބައިތައް ހެދިފައިވަނީ ރަނާއި، ރިހިން ޖަރީ ކުރެވިފައިވާ ކަޅުކުލައިގެ ހިލައިންނެވެ. ފައްޅީގައި އެތެރޭގައި ރަން ވަންލޯ އިން ތައްޔާރުކޮށްފައިވާ 4 ބުދު ވެއެވެ. 

އެލެގްޒެންޑަރ ދިގްރޭޓް ވެފައިވަނީ ފައްޅި ދެކެ ވަރަށް ހިތްޕުޅާވި ބޭފުޅަކަށެވެ. އެލެގްޒެންޑަރ އުފަންވެ ވަޑައިގަތީ ކުރިން ބުނެވުނު ފައްޅި އަންދާލި ރޭގައެވެ. ދެވަނަ ފަހަރަށް ފައްޅި ބިނާކުރުމަށް އެލެގްޒެންޑަރ ވަރަށް ބޮޑެތި އެހީތައް ވެދީފައި ވެއެވެ. އެސަބާބައި ހުރެ ފައްޅީގައި އެލެގްޒެންޑަރގެ ނަން ލިޔުމަށް އެފީސޫސްގެ އަހުލުވެރިން އެދުނެވެ. ނަމަވެސް އެލެގްޒެންޑަރ އެކަމާއި އިދިކޮޅު ހެއްދެވި އެވެ. 

މީލާދީން 262 ވަނަ އަހަރު ގޫތީން އެފީސޫސް އަށް އަރައިގަތުމަށްފަހު ދެވަނަ ފަހަރަށް ވެސް ފައްޅި ހަލާކު ކޮށްލި އެވެ. އެއަށްފަހު މިފައްޅި އަލުން ބިނާކޮށްފައެއް ނުވެއެވެ. އެއީ މީލާދީން 4 ވަނަ ގަރުނުގެ ތެރޭގައި އެފީސޫސްގެ އަހުލުވެރިން މަސީޙީ ދީން އިޚްތިޔާރުކޮށް އެދީނަށް ވަދެފައިވާތީ އެވެ. އެފަހަރު ފައްޅި ހަލާކުވެ ނެތިދިއުމަށްފަހު އެހިސާބު އެއްކޮށް ފަސްއަޅައި ފޮރުވާލެވުނެވެ. 

ނަމަވެސް 19 ވަނަ ގަރުނުގެ ތެރޭގައި އެހިސާބު އަލުން ކޮނެވިފައި ވެއެވެ. މިގޮތުން 1863 ވަނަ އަހަރު އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގެ ފަރާތުން ޖޯން ޓާޓްލް ވޫޑް ކިޔާ ޢިލްމު ވެރިޔަކު އާޓިމިސް ފައްޅި ހުރި ހިސާބު ކޮނެ ދިރާސާ ކުރުމަށް ފޮނުވުނެވެ. 6 އަހަރު ވަންދެން ޓާޓްލްގެ ޓީމް ކުރި މަސައްކަތުން އެއްވެސް ނިޝާނެއް ފެނިފައިވާ ނުވާކަމަށް ބުނެވެއެވެ. ނަމަވެސް 1869 ވަނަ އަހަރު ކޮންނަމުން ދަނިކޮށް ބިމުގެ 20 ފޫޓް އަޑިން ފައްޅީގެ ތަޅުންގަނޑުގެ ބައިތައް ވަނީ ފެނިފައެވެ. އަދި ބައެއް ކަހަލަ އާޘާރީ ތަކެއްޗާއި ބުދުގެ ބައިތައް ވެސް ފެނިފައި ވެއެވެ. މިތަކެތި ވަނީ ނަގައިގެން އިގިރޭސި ވިލާތުގެ ދާރުލް އާޘާރަށް ގެންދެވިފައެވެ. 

މިއަދު މިފައްޅީގެ ނިޝާނަކަށް ފެންނަން ހުރީ އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގައި ބެހެއްޓިފައިވާ މިފައްޅީގެ ބައެއް ތަނބުތަކެވެ. އަދި އެތަން ކޮނުމަށްފަހު ފެނުނު ތަނބެއް އހިސާބަށް ޒިޔާރަތް ކުރާ މީހުންނަށް ދެއްކުމަށް އެހިސާބުގައި ކޮޅަށްނެގި ބެހެއްޓިފައި ވެއެވެ. އެއީ ކޮންމެ ވެސް ދުވަސްވަރެއްގައި އެހިސާބުގައި މަޝްހޫރު ފައްޅިއެއް ހުރިކަން އެންގުމަށްޓަކައި ކުރެވުނު ކަމެއްކަމަށް ވެއެވެ.




#Article 123: މޫސާގެފާނު (565 words)


މޫސާގެފާނަކީ ﷲ ގެ ރަސޫލެކެވެ. ކީރިތި ޤުރުއާނުގައި އެންމެ ގިނަ ވާހަކަތައް ވާރިދުވެފައިވާ، އަދި އެންމެ ގިނަ ފަހަރު ނަންފުޅު ޒިކުރުވެވިފައިވާ 
ރަސޫލުބޭކަލަކީ، މޫސާޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ، މިޞްރުގެ ބިމަށެވެ. އޭރު މިޞްރުގައި 
ރަސްކަންކުރަމުން ދިޔަ ފިރްޢައުނަކީ އަމިއްލައަށް ކަލަކުކަމަށް ދަޢުވާކޮށް، އަނިޔާވެރި ވެރިކަމެއް ހިންގަމުންދިޔަ ނުބައިނުލަފާ ޚުދުމުޚްތާރު މީހެކެވެ.

މިޞްރުގެ ބިމުގައި ދިރިއުޅެމުންދިޔަ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުން ނިކަމެތިކޮށް، ނެތިކޮށްލުމުގެ މަޤްޞަދުގައި، ފިރްޢައުނުނެރުނު އެއްއަމުރަކީ، އެދަރިކޮޅުން އުފަންވާ ހުރިހާ ފިރިހެންކުދީން ޤަތުލުކުޅައުމެވެ. މިފަދަ އަނިޔާވެރި ޒަމާނުގައި ސިއްރިޔާތުގައި މޫސާގެފާނާއިގެން އާލާސްވެ އިންނަވާ، ސިއްރިޔާތުގައިމޫސާގެފާނާއިގެން ރައްކާވުމުގެ މަގު ﷲގެ ހެޔޮ ރަޙްމަތްޕުޅުން މޫސާގެފާނުގެ މައިކަނަބަލުންނަށް ތަނަވަސްކޮށްދެއްވައެވެ. ތުއްޕުޅު މޫސާގެފާނު ދުނިޔޭގެއަލިކަން ދެކެވަޑައިގަތުމަށްފަހު، މައިކަމަނާގެ ހިތްޕުޅުގައިވާ އެންމެބޮޑު ނުތަނަވަސްކަމަކަށްވީ، އަބަދާއަބަދު ތަންތަން ބަލާ ފާރަލަމުންދާ ފިރްޢައުނުގެ ސިފައިންނަށް ފެނި، އެދަރިކަލުން ޤަތުލުކޮށްފާނެތީއެވެ. މި ބިރުވެރިކަން އޭގެ އިންތިހާއަށް ދިޔަހިނދު، މޫސާގެފާނު ފޮށްޓެއްގެތެރެއަށްލައްވާ ނީލަކޯރަށް ދޫކޮށްލެއްވުމަށް މައިކަމަނާއަށް ﷲ އިލްހާމުކުރައްވައެވެ.

ފަހެ، މޫސާގެފާނުގެ މައިކަމަނާ މިގޮތުގެމަތީން ކަންތައްކުރެއްވިއެވެ. ކޯރުގެތެރޭ، ތުއްޕުޅު މޫސާގެފާނާއިއެކު އޮޔާ ދެމެމުންދިޔަ ފޮށި ހޮވައިގެން ފިރްޢައުނާއި ހަމަޔަށް ގެންދެވުނުހިނދު، ފޮށީތެރޭގައިވާ ކުޑަކުއްޖާ، ދަރިއެއްގެގޮތުގައި ބޮޑުކުރުމުގެ ކުލުނު ފިރްޢައްނުގެ އަނބިކަމަނާ އާސިޔަތުގެ ހިތްޕުޅުގައި އުފެދުނެވެ.

މިގޮތުގައި މޫސާގެފާނު ބޮޑުފުޅުވެ، ފުރާފުޅު ފުރިހަމަވެގެން އައިއިރު، އެކަލޭގެފާނަކީ ބާރުގަދަ ބޭކަލެއްކަމުގައިވިއެވެ. ޒުވާން ޢުމުރުފުޅުގައި، އެއްދުވަހު ބަނީއިސްރާއީލުގެ ދަރިކޮޅު މީހަކާއި ޤިބްޠީ ދަރިކޮޅުގެ މީހަކު ތަޅާފޮޅަމުންދިޔަ މަންޒަރު ފެނިވަޑައިގަތެވެ. މޫސާގެފާނުގެ ދަރިކޮޅުމީހާ އޭނާއަށް މަދަދުދިނުމަށް އެދި ގޮވާލުމުން މޫސާގެފާނުގެ ލޭފޮދު ހޫނުވެ، ޤިބްޠީމީހާ ބަލިކުރުމަށް ކުރިމަތިލެއްވިއެވެ. މިވާދައިގެ ތެރޭގައި އިޚްތިޔާރަކާނުލައި ޖެއްސެވުނު ބާރުގަދަ އެތިފަހަރެއްގެ ސަބަބުން، ޤިބްޠީމީހާ ޤަތުލުވިއެވެ.

އިސާހިތަކު މިކަމުގެ ޚަބަރު ރަށުތެރޭ ހިނގައިފިއެވެ. ފިރްޢައުނުގެ ފަޅީގެ މީހާ ޤަތުލުކުރިކަމުގެ އަދަބެއްގެގޮތުގައި މޫސާގެފާނު ޤަތުލުކުޅައުމަށް ފިރްޢައުނުގެ ދަރުބާރުން އަމުރުނުކުތުމާއިއެކު، މޫސާގެފާނު ހޯދުމުގެ މަސައްކަތް ފިރްޢައުނުގެ ސިފައިން ފަށައިގެންފިއެވެ. މިކަން އެނގިވަޑައިގަތުމުން، ނުހަނު އެކަނިވެރިކަމާއި ނިކަމެތިކަމާއިއެކު، މިޞްރުގެބިމުން މޫސާގެފާނު ފައިބާވަޑައިގެންނެވިއެވެ. އަދި ދުރުރާސްތާއަކަށް ދަތުރުކުރެއްވުމަށްފަހު، މަދްޔަނަށް ފައިބާވަޑައިގަތެވެ.

މަދްޔަނަކީ، އޭގެ ދުވަސްތަކެއްކުރީން، ޝުޢައިބުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ސަހަރެވެ. މިނެކިރުމުގައި މަކަރުހަދައި، ޝިރުކުކޮށް އުޅުނު ކާފަރުން، ހަލާކުވެދިއުމަށްފަހު، އެ ސަހަރުގައި އޭރުވަނީ ހެޔޮލަފާ ބަޔަކު އާލާވެ، ދިރިއުޅެން ފަށާފައެވެ.
މަދްޔަނުގެ ރަށްބޭރުގައި ބަކަރި ހުއިހައްޕާ، އެސޮރުމެންނަށް ފެންދޭން އެކަނިމާއެކަނި އުޅޭތީ ފެނިވަޑައިގަތް ދެއަންހެންކުއްޖަކަށް މޫސާގެފާނު އެހީތެރިވެވަޑައިގަތެވެ. އެދެކުދީންގެ މަސައްކަތުގައި އެހީތެރިވެވަޑައިގަތުމަށްފަހު، އެކަނިމާއެކަނި ބީރަށްޓެހިކަމާއިއެކު ރަށްބޭރުގައި އިންނަވަނިކޮށް، އަނެއްކާވެސް އެއިން ކުއްޖަކު މޫސާގެފާނުގެ އަރިހަށްއައެވެ. އަދި އެކުދީންގެ ބައްޕާގެފަރާތުން ދަޢުވަތުދީ، މެހްމާންދާރީ ހުށަހެޅިއެވެ. މި މެހްމާންދާރީގެ ސަބަބުން މޫސާގެފާނަށް މަދްޔަނުގައި ހުންނެވުމަށާއި، ދިރިއުޅުމަށް މަސައްކަތްޕުޅެއް ކުރެއްވުމަށް މަގުފަހިވިއެވެ. އެ އެގޭގެ ދެ އަންހެންހެންކުދީންކުރެ ކުއްޖަކާ ކައިވެނިބައްލަވައިގަނެ، އެކައިވެނީގެ ޝަރްޠެއްގެގޮތުގައި، 10 އަހަރު ބަކަރިހުއިހެއްޕެވުމުގެ މަސައްކަތްކުރައްވާ، އޭގެފަހަށްވެސް އިތުރު 10 އަހަރު އެކަމުގައި ހޭދަކުރެއްވިއެވެ. ދިރއުޅުމެއް ފަށްޓަވައިގެން، މި ހޭދަކުރެއްވި 20 އަހަރަށްފަހު، އެކަލޭގެފާނުގެ އަހުލުވެރީންނާއިއެކު، މިޞްރުގެ ބިމަށް ސިއްރިޔާތުގައި ޒިޔާރަތެއްކުރެއްވުމަށް ޤަޞްދުކުރައްވާ ދަތުރަށް ފެށްޓެވިއެވެ.

މަދްޔަނުގައި، ދިރިއުޅުމެއްފަށްޓަވައިގެން 20 އަހަރުދުވަސް ހޭދަކުރެއްވުމަށްފަހު، އަމިއްލަފުޅުވަޒަނާއި ޢާއިލާއަށް ޒިޔާރަތްކުރެއްވުމުގެ ނިޔަތުގައި، ސިއްރިޔާތުގައި މިޞްރަށް މޫސާޢަލައިހިއްސަލާމް ފެށްޓެވި ދަތުރުފުޅުގެމަތީގައި، މާތްﷲ އެކަލޭގެފާނަށް ބަސްވަޙީކުރެއްވިއެވެ. އެކަލާނގެ ރަސޫލަކުކަމުގައި މޫސާ އިޚްތިޔާރުކުރައްވާ، ފިރްޢައުނުގެ ދަރުބާރަށް ވަޑައިގެން، ﷲގެ ރިސާލަތު އިއްވެވުމަށް އަމުރުފުޅުކުރެއްވިއެވެ. އެހިނދު މޫސާގެފާނުގެ ހިތްޕުޅަށް ފިރްޢައުނުގެ އަނިޔާވެރިކަމާއި ނުބައިނުލަފާކަން ތަޞައްވުރުކުރެއްވުނެވެ. މޫސާގެފާނަށް، ޢާލަމްތަކުގެވެރި ﷲގެ ޙަޟްރަތުން ވަޙީ ބަސްފުޅުއައީ ބިރުފުޅުގެންވަޑައިނުގަތުމަށެވެ. ފިރްޢައުނުގެ ކުރިމަތީ ޤާއިމްކުރައްވާނެ ޙުއްޖަތެއްގެގޮތުގައި އަދި އިލާހީ މުޢުޖިޒާތެއްގެގޮތުގައި، މޫސާގެފާނުގެ ޢަޞާކޮޅު އެއްލެވުމުން ހަރުފައަކަށް ބަދަލުވެގެންދާނޭގޮތް ﷲ މިންވަރުކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅު ޖީބަށްލެއްވެވުމަށްފަހު ނަންގަވާއިރު، އަލިކަންގަދަ ބެބުޅުމެއް އަތްޕުޅުން ފާޅުވާނޭގޮތް މެދުވެރިކުރެއްވިއެވެ. އަދި ފިރްޢައުނުގެ ދަރުބާރުގައި ވަކާލާތުކުރައްވާއިރު، މޫސާގެފާނުގެ އެހީތެރިއެއްގެގޮތުގައި ހާރޫންގެފާނު އިޚްތިޔާރުކޮށްދެއްވިއެވެ.

ދެންފަހެ، މިޞްރަށް އަރާވަޑައިގެން، ފިރްޢައުނުގެ ދަރުބާރަށް ވަޑައިގެން، އޭނާގެކުރިމަތީ، ﷲގެ ރިސާލަތު މޫސާގެފާނު އިއްވަވައިފިއެވެ. އެކަމުގެ ޖަވާބުގައި ފިރްޢައުނު ދެއްކި ވާހަކަތަކުގައި އޭނާގެ ގަނޑުވަރުގައި ތުއްޕުޅުއިރު މޫސާގެފާނު އުޅުއްވީއްސުރެ، ޤިބްޠީމީހާ ޤަތުލުކުރައްވާ ރަށުން ފައިބާވަޑައިގެންނެވި ހިސާބަށް ކަންހިނގާދިޔަގޮތުގެ ހަނދާން އައުކުރިއެވެ. އަދި އިލާހަކީ ފިރްޢައުނުކަމުގައި އަމިއްލައަށް ބުނެ ބޮޑާވެގަތެވެ. 
މޫސާގެފާނުގެ އަސާކޮޅު ހަރުފައަކަށް ބަދަލުވުމާ، އަތްޕުޅުން އަލިކަންގަދަ ބެބުޅުމެއް ފާޅުކުރެއްވުމަކީ ސިޙްރެއްކަމުގައިދެކި، އެކަން ސާބިތުކޮށްދިނުމަށްޓަކައި ފިރްޢައުނުގެ ބާރުހިނގާ ސަރަޙައްދުތަކުގައިތިބި އެންމެހާ ވަރުގަދަ ސިޙްރުވެރީން އޭނާ އެއްކުރިއެވެ. މީސްތަކުންގެކުރިމަތީ، ސިޙުރުވެރީންނާ މޫސާގެފާނުގެ ކުރިމަތިލުން އިންތިޒާމުކުރެއެވެ.

މީސްތަކުންގެ ލޯމައްޗަށް ފެނުނީ، މޫސާގެފާނު ގެންނެވި އިލާހީ މުޢުޖިޒާތުގެކުރިމަތީ ސިޙުރުވެރީންގެ މަންތަރުތައް ބާޠިލްވެ އުވި ދިޔަތަނެވެ. އެހިނދު ﷲއަށް އީމާންވެ ސިޙުރުވެރީން ސަޖިދަކޮށްފޫއެވެ. މިކަމާ އަރައިގަތް ރުޅީގައި ހުރިހާ ސިޙްރުވެރީން ޤަތުލުކޮށްފިއެވެ. މޫސާގެފާނަށް ތަބަޢަވެ އީމާންވާމީހުންނަށް ދުއްތުރާކުރަން ފިރްޢައުނު ފަށައިގެންފިއެވެ. ފިރްޢައުނުގެ ވަޒީރު ހާމާނުގެ ނުބައި ރޭވުންތަކާއި، ޤާރޫންއަށް ލިބިފައިވާ އިންތިހާދަރަޖައިގެ ތަނަވަސްކަމުގެ ބޭނުން ހިފައިގެން، މޫސާގެފާނާ، އެކަލޭގެފާނަށް ތަބާވެތިބި އެންމެން ނިކަމެތިކޮށްލުމުގެ ޙަމަލަތައް ކެނޑިނޭޅިދޭން ފަށައިފިއެވެ. އަދި އުސްބިނާއެއްކޮށް، މޫސާގެފާނުގެ ކަލާނގެއާއި ފިރްޢައުނު ޙަމަލާދެނީކަމުގައިވެސް ދައްކައިފިއެވެ.

ހައްދު ފަހަނައަޅާފައިވާ މި ނުބައި ޢަމަލުތައް ހުއްޓާލާ، ހެޔޮމަގަށް ރުޖޫޢަވޭތޯ، އެތައް މުޢުޖިޒާތެއް މާތްﷲ ފިރްޢައުނަށް ދެއްކެވިއެވެ. އޭގެތެރޭގައި މުދާތަކާއެކު ޤާރޫން ގަންބަވައިގަތުމާ، އެކިޒާތުގެ ތޫފާންތަކާ، ތަދުމަޑުކަމާ، ސާފުބޯފެން ލެޔަށް ބަދަލުކުރެއްވުމާ، ގޮށްފުޅަނތްގާއި ބޮކުގެ ބައިގަނޑުތައް ފޮނުއްވައި ފިރްޢައުނު ނިކަމެތިކުރެއްވުން ހިމެނެއެވެ. މިއިން އެއްވެސްކަމަކުން ޢިބްރަތްލިބިނުގަނެ، ފިރްޢައުނަކީ ކަލާނގެކަމުގައި ދެއްކިގެން، މޫސާގެފާނު ޤަތުލުކުޅައުމަށް އޭނާގެ ސިފައިންނާއިއެކު ނުކުތުމުގެ ނަތީޖާއަކަށްވީ، ފިރްޢައުނު ޣަރަޤުވެ ނެތިދިއުމެވެ. އަދި އޭނާގެ މަސްގަނޑު މީސްތަކުންނަށް ޢިބްރަތެއްގެގޮތުގައި އަދި އަދަށްވެސް ދެމެހެއްޓެވުމެވެ.
މޫސާގެފާނުގެ ޙަޔާތްޕުޅާއި ގުޅިފައިވާ ޢިބްރަތްތެރި އެތައް ވާހަކަތަކެއް މިނޫނަކަސް ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވެއެވެ.

އޭގެތެރޭގައި ބަނީއިސްރާއީލުންގެ ނުކިޔަމަންތެރިކަމުގެސަބަބުން، ﷲފާޅުކުރެއްވި ބޮޑެތި މުޢުޖިޒާތްތަކާ، ﷲގެ ދީދާރުފުޅު ހަމަލޮލުން ދެކެވަޑައިގަތުމަށް މޫސާގެފާނު އެދިވަޑައިގަތްހިނދު ކަންވެގެންދިޔަގޮތް، އަދި ޚިޟްރުގެފާނާއި މޫސާގެފާނު ބައްދަލުވެވަޑައިގެން ހިނގައިދިޔަ ޢިބްރަތްތެރި ޙާދިސާތަކާއި އިލާހީ ދަރުސްތައް ހިމެނެއެވެ.




#Article 124: ޒަކަރިއްޔާގެފާނު (286 words)


ޒަކަރިއްޔާގެފާނަކީ ﷲ ގެ ނަބީ އެކެވެ. މިކަން ކީރިތި ޤުރުޢާނުގައި ވެސް ބަޔާން ވެވިގެންވެއެވެ. އިބްރާހީމްގެފާނުގެ، އިސްޙާޤްގެފާނުގެ، ޔަޢްޤޫބްގެފާނުގެ ދަރިކޮޅުން ﷲ ފޮނުއްވެވި ޠާހިރު، އަޅުވެރި ނަބީބޭބޭކަލުންކުރެ، އެއްބޭކަލަކީ، ޒަކަރިއްޔާ ޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނު ދިރިއުޅުމަށްޓަކައި ކުރެއްވެވި މަސައްކަތްޕުޅަކީ ވަޑާންކުރެއްވުމެވެ.

ޒަކަރިއްޔާ ޢަލައިހިއްސަލާމް މުސްކުޅިފުޅުވެވަޑައިގެން، އަދި އެކަލޭގެފާނުގެ އަނބިކަނބަލުންވެސް މުސްކުޅިފުޅުވެވަޑައިގަތުމާއި ހަމައަށްވެސް، ދަރިކަލެއްގެ ނިޢްމަތް ﷲގެ ޙަޟްރަތުން ދެއްވަވާނޭ ވަގުތަކަށް ކެތްތެރިކަމާއިއެކު އިންތިޒާރުކުރެއްވިއެވެ.

ދަރިކަލެއްގެ އިންތިޒާރުގައި ޒަކަރިއްޔާގެފާނު ހުންނަވަނިކޮށް، ޒަކަރިއްޔާގެފާނާއި އެކަލޭގެފާނާއިއެކު ﷲގެ ދަޢްވަތުފަތުރުއްވަވާ ޢިލްމުވެރި ދަންނަބޭކަލުންގެ ކުރިފުޅުމައްޗަށް، ތުއްޕުޅު އަންހެން ބޭކަނބަލަކު، ތަރުބިއްޔަތުކުރެއްވުމާއި، ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ހުށަހެޅުނެވެ. އެ އަންހެން ބޭކަނބަލަކީ، މަރްޔަމްގެފާނެވެ.

މަރްޔަމްގެފާނު ބަލަހައްޓަވާ، ތަރުބިއްޔަތުކުރެއްވުމާ ޙަވާލުވެވަޑައިގަންނަވާނީ، ކޮން ބޭކަލެއްތޯ ބެއްލެވުމަށް މިހުރިހާ ދަންނަބޭކަލުންގެ މެދުގައި ފުރަތަމަ ފަހަރަށް ލެވުނު ޤުރުޢަތުން އެއީ ޒަކަރިއްޔާގެފާނުކަމުގައިވިއެވެ. އަދި ދެވަނަ ޤުރުޢަތުގައި، ހުރިހާ ދަންނަބޭކަލުންގެ ގަލަންކޮޅުތައް ކޯރެއްގެ ތެރެއަށް އެއްލާލައްވާ، ކޯރުގެ އޮޔާއި އިދިކޮޅަށްދަތުރުކުރާ ޤަލަމުގެ ވެރިއަކީ، މަރްޔަމްގެފާނު ތަރުބިއްޔަތުކުރެެއްވުމާ ޙަވާލުވެވަޑައިގަންނަވަން ޖެހޭ ފަރާތްކަމުގައި ކަނޑައެޅުނު ހިނދު އެ ޤުރުޢަތުންވެސް އިޚްތިޔާރުކުރެއްވުނީ ޒަކަރިއްޔާގެފާނެވެ. އަދި ތިންވަނަ ޤުރުޢަތެއްގައިވެސް އިޚްތިޔާރުކުރެއްވުނީ ހަމަ އެކަލޭގެފާނެވެ.

މަރްޔަމްގެފާނު ބެލެހެއްޓެވުމާއި ތަރުބިއްޔަތުކުރެއްވުމާއި ޒަކަރިއްޔާގެފާނު ޙަވާލުވެވަޑައިގެން ހުންނެވިއިރު، ފެނިވަޑައިގަތް އެންމެ ޙައިރާންފުޅުވަނިވި މަންޒަރަކީ، މަރްޔަމްގެފާނު ހުންނަވާ މިޙްރާބަށް ޒަކަރިއްޔާގެފާނު ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކުވެސް، އެކަމަނާއަށްޓަކައި ރިޒްޤު ( ކާބޯތަކެތީގެ ) އެކި ބާވަތްތައް ޙާޒިރުކުރެވިފައި ހުންނާތީ ފެނިވަޑައިގަތުމެވެ. މިއީ ކޮންތަނަކުން ކިހިނެއް ލިބިވަޑައިގަންނަވާ އެއްޗެއްތޯ، ޒަކަރިއްޔާގެފާނު ސުވާލުކުރެއްވިހިނދު މަރްޔަމްގެފާނުގެ ޖަވާބަކަށްވީ، އެއީ ﷲގެ ޙަޟްރަތުން ދެއްވަވާ ރިޒްޤެއްކަމުގައި ވިދާޅުވުމެވެ.

މަރްޔަމްގެފާނަށް، އެކަމަނާގެ އެއްވެސް ބާރަކާއި އިޚްތިޔާރެއް މެދުވެރިވުމަކާނުލައި ރިޒްޤުދެއްވާފަދައިން، ތިމަންކަލޭގެފާނަށް ދަރިކަލަކުދެއްވުމަށްވެސް ﷲ ކުޅަދުންވަންތައޭ، އެހިނދު ޒަކަރިއްޔާގެފާނު ހިތްޕުޅަށް އަރާވަޑައިގަނެއެވެ. އަދި އެހިނދުންފެށިގެން ދަރިކަލަކަށް އެދިވަޑައިގެން ދުޢާދެންނެވުން އެކަލޭގެފާނު ގިނަކުރެއްވިއެވެ.

ޒަކަރިއްޔާގެފާނު އެކަލޭގެފާނުގެ މިޙްރާބުގައި އަޅުކަމުގައި ޤާއިމްވެވަޑައިގެން ހުންވަނިކޮށް ދަރިކަލެއްގެ އުފާވެރިކަމުގެ ޚަބަރުގެ ނިދާ، މަލާއިކަތްބޭކަލުން، ޒަކަރިއްޔާގެފާނަށް އިއްވަވައެވެ. މި އުފާވެރި ޚަބަރާއިއެކު، ކުރިމަތިވެވަޑައިގަތް ޙައިރާންކަމުގައި، ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ އަނބިކަނބަލުން މުސްކުޅިކަމުގެ ޙާލަތުގައިވަނިކޮށް، ދަރިކަލަކުދެއްވަނީ ކޮންފަދައަކުންތޯއޭ، އެކަލޭގެފާނު ސުވާލު ދެންނެވިއެވެ. އެހިނދު މަލާއިކަތްބޭކަލުން ނިދާއިއްވެވީ، ކަލޭގެފާނު ނެތުމުގެތެރެއިން ވުޖޫދުކުރެއްވިފަދައިން، ކަލޭގެފާނަށް ދަރިކަލަކު ރޯދިކޮށްދެއްވުން ﷲގެ ޙަޟްރަތަށް ނުހަނު ފަސޭހަވެވޮޑިގެންވާކަމަށެވެ. އަދި އެދަރިކަލަކީ ޞާލިޙް ދަރިކަލެއްކަމަށާއި، ނަންފުޅަކީ ޔަޙްޔާ ކަމަށްވެސް ﷲގެ ޙަޟްރަތުން އުފާވެރިކަމުގެ ޚަބަރުދެއްވިއެވެ.

ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުން އާލާސްވެއިންނަވާ، ޔަޙްޔާގެފާނާއިގެން ރައްކާވެވަޑައިގެންފިއެވެ. ޔަހްޔާގެފާނު ތުއްޕުޅު އިރުގައި އެކަލޭގެފާނަށް ޙިކްމަތްތެރިކަމާއި ޢިލްމު ﷲ ދެއްވެވިއެވެ. އަދި ނަބިއްޔަކުކަމުގަޔާއި ޞާލިޙްއަލަކުކަމުގައި ލެއްވިއެވެ.

ޒަކަރިއްޔާގެފާނުގެ ބެލެހެއްޓެވުމުގެދަށުން ތަރުބިއްޔަތު ލިބިވަޑައިގަތް މަރްޔަމްގެފާނަކީ، ﷲ ޚަލްޤުކުރެއްވި އެންމެހާ އަންހެންތަކުންކުރެ، އެންމެ ޠާހިރު، އެންމެ މާތް އަންހެން ކަމަނާއެވެ. މިކަން ކީރިތިޤުރުއާނުގައި ބަޔާންވެގެންވެއެވެ. ކީރިތިރަސޫލާގެ ހަދީސްފުޅުތަކުން ސާބތިވާގޮތުގައި ﷲ ޚަލްޤުކުރެއްވި އެންމެ ޠާހިރު، އެންމެ މާތް 4 އަންހެން ބޭކަނބަލުންނަކީ، މަރްޔަމްގެފާނާއި، ފިރްޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނާއި، އުއްމުލް މުއުމިނީން ޚަދީޖަތުގެފާނާއި، ކީރިތިރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނެވެ.




#Article 125: ޔަޙްޔާގެފާނު (260 words)


ޔަޙްޔާގެފާނު (ޢަރަބި ބަހުން: يحيى) އަކީ ﷲ ގެ ނަބިއްޔެކެވެ. ދަރިކަލެއްގެ ނިޢްމަތަށް އެދިވަޑައިގެން ޒަކަރިއްޔާ ޢަލައިހިއްސަލާމް ކުރެއްވެވި ދުޢާފުޅު މާތްﷲ އިޖާބަކުރައްވަވާ، މަލާއިކަތްބޭކަލުން މެދުވެރިކުރައްވަވާ، ޒަކަރިއްޔާ ޢަލައިހިއްސަލާމްއަށް ދެއްވެވި އުފާވެރިކަމުގެ ޚަބަރަށްފަހު، ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ އަނބިކަނބަލުން އާލާސްވެއިންނަވާ، މޫނު އަލިވެގެންވާ، ބަރަކާތްތެރި ދަރިކަލަކާއިގެން ރައްކާވެވަޑައިގަތެވެ. ﷲ ދެއްވެވި އުފާވެރިކަމުގެ ޚަބަރުގައި އަންގަވާފައިވާ ފަދައިން، އެ ދަރިކަލުންނަށް ޔަޙްޔާ އޭ ވިދާޅުވެ، ޒަކަރިއްޔާގެފާނު ނަންދެއްވިއެވެ.

ފަހެ، ޔަޙްޔާ ޢަލައިހިއްސަލާމް ވެވަޑައިގަތީ އެންމެ ތުއްޕުޅު އިރުއްސުރެ ވެސް ތޫނުފިލި ވިސްނުންތެރި ދަރިކަލަކަށެވެ. ފޮތުގެ ޢިލްމަށް ލޯބިކުރައްވަވާ، އަޅުވެރި ތަޤްވާވެރި ދަރިކަލަކަށެވެ. މާތްﷲ ނަބިއްޔެއްކަމުގައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވިއެވެ. އަދި މީސްތަކުންނަށް ޢިލްމާއި ޙިކްމަތް އުނގަންވައިދެއްވާ ތަޤްވާވެރިއަކު ކަމުގައި އެކަލޭގެފާނުވިއެވެ.

ޔަޙްޔާ ޢަލައިހިއްސަލާމްއަށް މާތްﷲ 5 ކަމަކަށް އަމުރުކުރެއްވިއެވެ. އަދި އެ 5 ކަންތަކުގައި ހިފެހެއްޓުމަށް ބަނީ އިސްރާއީލުންނަށް އަމުރުކުރުމަށް އެންގެވިއެވެ. މި ދެންނެވި 5 ކަންތަކަކީ، ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމާއި، ނަމާދު ޤާއިމްކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުޅައުމެވެ.
ޤައުމުގެ މީހުންނަށް، މި 5 ކަންތަކުގައި ހިފެހެއްޓުމުގެމައްޗަށް ޔަޙްޔާގެފާނު ވަޞިއްޔަތްކުރެއްވިއެވެ. އަދި ރެޔާއި ދުވާލު އަޅުކަމާއި ހެޔޮ ކަންތައްތައް ކުރެއްވުމުގައި ދެމިހުންނަވާ، ﷲ ހަނދުމަކުރެއްވުމާއި، ޤިޔާމަތްދުވަސް ހަނދުމަކުރައްވަވާ ކީރިތިކުރެއްވުން ގިނަ ބޭކަލަކުކަމުގައި ޔަޙްޔާގެފާނު ވިއެވެ.

ބަނީ އިސްރާއީލުންގެ މީހުންގެ ނުބައިނުލަފާކަން ޙައްދު ފަހަނައަޅާގޮސް، އެއްވެސް ޙައްޤަކާނުލައި، އެއުރެންގެ އަތްތަކުން ޤަތުލުކަޅަ ނަބީ ބޭބޭކަލުންކުރެ އެއްބޭކަލަކީ ޔަޙްޔާގެފާނެވެ.

ﷲގެ ނަބިއްޔާ، ޔަޙްޔާ ޢަލައިހިއްސަލާމް ޤަތުލުކުޅަ ޙާދިސާއާއިމެދު ތަފާތު ރިވާޔަތްތަކެއް ވެއެވެ. މި ހުރިހާ ރިވާޔަތްތަކަކަށް ނަޒަރު ހިންގާއިރުވެސް މި ނުބައި ޢަމަލު ރާވާހިންގީ، ދިމިޝްޤުގެ ރަސްކަލަކަށް އޭރު ހުރި މީހާއާއި، އޭނާގެ އަޢުވާނުން ގުޅިގެންކަން ޔަޤީންކުރެވެއެވެ.

ބައެއް ރިވާޔަތްތައް ބުނާގޮތުގައި ޔަޙްޔާގެފާނަކީ، ނުހަނު މޫނުފުޅު އުޖާލާ، ބުރުސޫރަ ރިވެތި ބޭކަލަކަށްވާތީ، އެކަލޭގެފާނާއި ކައިވެނިކުރުމަށް ގަނޑުވަރުތެރޭގެ އަންހެން ސާހިބަކު ހިތުއަޅައިގެން އުޅުނީއެވެ. އަދި އެކަން ނުވެދާނެހެން ހީވުމުން އެކަމުގެ ރުޅީގައި ޔަޙްޔާގެފާނު ޤަތުލުކުޅައުމަށް އަމުރުކުރީއެވެ.
އަނެއްބައި ރިވާޔަތްތައް ބުނާގޮތުގައި ރަސްގެފާނަށް ކާވަނި ޙަލާލުނުވާނެ އަންހެންބޭކަނބަލަކާއި ކާވަނި ބައްލަވައިގަންވަން ރަސްގެފާނު އުޅުއްވާކަން ޔަޙްޔާގެފާނަށް އެނގިވަޑައިގެން، އެކަން މަނާކުރެއްވުމުން، ގަނޑުވަރުތެރެއިން ނުކުތް އަމުރަކަށް ޔަޙްޔާގެފާނު ޤަތުލުކުޅައީއެވެ. އަދި މިކަންކުޅައީ އެއުރެންގެ ޢީދުދުވަހެއްގައެވެ.

ޔަޙްޔާގެފާނު އުފަންވަވަޑައިގަންނަވާ ވަގުތުއާއި، މި ދުނިޔެއިން ވަކިވެވަޑައިގަންނަވާ ވަގުތުއާއި، އަލުން ދިރުއްވަވާ ވަގުތު ﷲގެ ޙަޟްރަތުން ސަލާމްހުރިކަމުގައި ( ﷲގެ ރަޙްމަތް އެހުރިހާ ވަގުތަކުމެ އެކަލޭގެފާނުގެމައްޗަށް ހުރިކަމުގައި ) ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ބުނެވޭ ގޮތުގައި އެކަލޭގެފާނު ދުނިޔޭގައި ހުންނެވީ 30 އަހަރަށެވެ.




#Article 126: އިލްޔާސްގެފާނު (202 words)


އިލްޔާސްގެފާނަކީ ﷲ ގެ ނަބީއެކެވެ. ސަލާމްލެއްވި އިލްޔާސްގެފާނަކީ، ސަލާމްލެއްވި ހާރޫންގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެއްކަމުގައި ތާރީޚްޢިލްމުވެރީން ބުރަވެވަޑައިގަންނަވައެވެ. އިލްޔާސްގެފާނަކީ، ﷲގެ ޙަޟްރަތުން ފޮނުއްވުނު ޙައްޤުވެގެންވާ ނަބީބޭކަލެއްކަމުގައި ކީރިތިޤުރުއާނުގެ ޞާއްފާތު ސޫރަތުގެ 123 ވަނަ އާޔަތުން 132 ވަނަ އާޔަތަށް ބަޔާންވެގެން ވެއެވެ. އަދި މި އާޔަތްތަކުގައި އިލްޔާސް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށްދެއްވި ދަޢުވަތާއި ކަން ހިނގައިދިޔަގޮތުގެ ބައެއް ޚަބަރު ބަޔާންވެގެންވެއެވެ.

އިލްޔާސް ޢަލަހިއްސަލާމް ރަސޫލުކަމާއިގެން ފޮނުއްވުނީ، ދިމިޝްޤުގެ ހުޅަނގުން އޮންނަ ބަޢްލަބަކް އޭ ނަންކިޔޭ ސަހަރެއްގެ މީސްތަކުންގެ ގާތަށެވެ. އެ ޒަމާނުގައި އެމީހުންނަކީ ބުދަށް އަޅުކަންކޮށް އުޅުނު ބައެކެވެ. އެއުރެންގެ ބޮޑުކަލާނގެކަމުގައި ބަލައިއުޅުނީ އަންހެނެއްގެސޫރައަށް ހަދައި ބަޢުލު ގެ ނަން ދީފައިވާ ބޮޑު ސިންގާ ބުދެކެވެ.

އިލްޔާސްގެފާނު ޤައުމުގެ މީސްތަކުންނަށް ޙައްޤުމަގަށް ގޮވައިލެއްވިއެވެ. އަދި ﷲފިޔަވައި އެހެން އިލާހަކު ނުވާކަމުގެ ޙުއްޖަތް ޤާއިމްކުރެއްވިއެވެ. ޝިރުކުކުރުމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ.

ނަމަވެސް އެހިނދު އެޤައުމުގެ ބޮޑުންނާއި، އެއުރެންނަށް ތަބާވެތިބި ގިނަބަޔަކީ، ބޮޑުވެގެންވާ މަގުފުރެދުމެއްގެ ތެރޭގައި ތިބި ބަޔެކެވެ. ޤައުމުގެ ރަސްކަމުގައި ހުރި މީހާ އަމުރުނެރުނީ، އިލްޔާސްގެފާނު ޤަތުލުކުޅައުމަށެވެ.
އިލްޔާސްގެފާނު ޤަތުލުކުޅައުމަށް މީސްތަކުން ނުކުމެ އެކަލޭގެފާނު ހޯދިއިރު، އެކަލޭގެފާނު ވަޑައިގެން ހުންނެވީ ބަޢްލަބަކުގެ ރަށް ބޭރުގައެވެ. ރަށުތެރޭ އެކަލޭގެފާނު ހޯދުމަށް މަސައްކަތްކުރި މީސްތަކުންނަކަށް އެކަލޭގެފާނެއް ނުފެނުނެވެ. މިގޮތުގައި ޤައުމުގެ މީހުންނަށް ވަންހަނާވެވަޑައިގެން 20 ދުވަހާއި 40 ދުވަހާއި ދެމެދުގެ މުއްދަތެއް ނުވަތަ އެއަށްވުރެވެސް ގިނަދުވަސް އެކަލޭގެފާނު ހޭދަކުރެއްވިކަމަށް ބުނެވެއެވެ.

އަދި އެއަށްފަހު ކުއްލި ގޮތަކަށް، އޭރު އެސަހަރުގައިހުރި އަނިޔާވެރި ރަސްގެފާނު އަވަހާރަވެ، ރަސްކަމުގެ ބާރުތައް ފުރޮޅިގެން ހިނގައްޖެއެވެ. އައު ރަސްކަމެއް ފެށުމުން ޞާލިޙްގެފާނު ޤައުމަށް އަރާވަޑައިގަންނަވާ، ރަސްގެފާނާއި ބައްދަލުވެ، ތެދުމަގަށް ގޮވައިލެއްވުމުން ގިނަބަޔަކު އީމާންގެ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށްފިއެވެ.
ބައެއް ރިވާޔަތްތައް ބުނާގޮތުގައި އިލްޔާސްގެފާނާއި ޚިޟްރުގެފާނު އަވަހާރަނުވެ، ބިންމަތީގައި އަދިވެސް އެބައުޅުއްވައެވެ. އެދެބޭކަލުން ކޮންމެ ޙައްޖުމޫސުމަކު މައްކާގެބިމުން ބައްދަލުވެވަޑައިގަންނަވައެވެ. ނަމަވެސް މިގޮތަށް ބަޔާންވެގެންވާ އެއްވެސް ރިވާޔަތަކީ، އޭގެ ޞައްޙަކަން ސާބިތުވާންއޮތް ރިވާޔަތެއްނޫނެވެ. އަދި އިތުބާރުހުރި މަޞްދަރަކާއި ހަވާލާދެވޭ ރިވާޔަތެއްވެސް ނޫނެވެ.




#Article 127: ޔޫނުސުގެފާނު (297 words)


ޔޫނުސުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ޔޫނުސް ޢަލައިހިއްސަލާމް ރަސޫލުކަމާއިގެން ފޮނުއްވުނީ ނައިނަވާގެ އަހުލުވެރީންގެ ގާތަށެވެ. އެކަލޭގެފާނު ﷲގެ މަގަށް އެބައިމީހުންނަށް ދަޢުވަތުދެއްވަން ފެށްޓެވުމާއިއެކު، އެކަލޭގެފާނުގެ ރިސާލަތާއި އެބައިމީހުން ދެކޮޅުވެރިވެގެންފޫއެވެ. މި ދެކޮޅުވެރިކަމުގައި އެބައިމީހުން ދެމިތިބެ، ޤައުމުގެ މީހުންކުރެ ހަމަ އެކަކުވެސް އެކަލޭގެފާނާއި ތަބާވިޔަ ނުދިނުމަށް ގަދައަޅައިފޫއެވެ. ޔޫނުސްގެފާނު އެކަލޭގެފާނަށް ﷲ އަމުރުކުރައްވާފައިވާމަގުން، ކެތްތެރިކަމާއިއެކު މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ.

މިގޮތުގައި އެތައް ދުވަހެއް ދިގުލައިދިއުމަށްފަހު، ﷲގެ ޢަޒާބު ޤައުމުގެ މީހުންގެމައްޗަށް އަތުވެދާނެކަމުގެ އިންޒާރު ޔޫނުސްގެފާނު ދެއްވައިފިއެވެ. މިފަދަ އިންޒާރާއިއެކުވެސް، އެބައިމީހުންގެ ހިތްތައް ބިރުވެތިވިކަމަށް ފެނިވަޑައިނުގަތުމުން، އެކަމާ އިންތިހާއަށް ދެރަފުޅުވެ، ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެކަލޭގެފާނު އެ އިންޒާރުކުރެއްވި ޢަޒާބު 3 ދުވަހުގެ ތެރޭގައި އެބައިމީހުންގެމައްޗަށް އަންނާނޭކަމުގައި ވިދާޅުވެ، ޤައުމު ދޫކުރައްވާ ނުކުމެވަޑައިގެންފިއެވެ.

ޔޫނުސްގެފާނު ޤައުމު ދޫކުރައްވާ ނުކުމެވަޑައިގަތީ، ޤައުމު ދޫކޮށްލެއްވުމަށް ސީދާސީދާ ﷲގެ އަމުރުފުޅު އައުމުގެ ކުރީންނެވެ. އެކަލޭގެފާނު އެއްގަމުގެމަގުން ދަތުުކުރައްވަމުން ވަޑައިގެން ކަނޑުގެ އައްސޭރިފަށަށް ނުކުންނަވާ، ނަވަކަށް އަރާވަޑައިގަތެވެ. ނަވުގައި ފެށްޓެވި ދަތުރުފުޅުވީ އެހާ ނިޔާމަ ދަތުރުފުޅަކަށްނޫނެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ކަނޑުގެ ތެރެއަށް ނައު ޣަރަޤުވެގެން ހިނގައިދާނެކަމުގެ ބިރު، އެނަވުގެ އަހުލުވެރީންގެ ހިތުގައި ހިނގައިގަތްހިނދު، ނައު ލުއިކުރުމަށްޓަކައި، ނަވުން ބަޔެއް މީހުން ބޭލުމަށް ޤަސްދުކޮށްފޫއެވެ.

ނަވުގައި ތިބި އެންމެން އެއްބަސްވީ ގުރުއަތުލައިގެން، ގުރުއަތުން ދިމާވާމީހަކު ކަނޑަށް އެއްލާލާގޮތަށެވެ. ދެންފަހެ، ފުރަތަމަ ލީ ޤުރުޢަތު ޔޫނުސްގެފާނުގެމައްޗަށް ނުކުމެއްޖެއެވެ. އެނޫން ގޮތެއްވޭތޯ، ތިންފަހަރަށް ގުރުއަތުލައިގެންވެސް، ކަނޑަށް އެއްލާލުމަށް ގުރުއަތުން ދެއްކީ، ޔޫނުސްގެފާނެވެ.

ޔޫނުސްގެފާނު ކަނޑަށް އެއްލާލެވިއްޖެއެވެ. އެއާއިއެކު، އެކަލޭގެފާނުގެ ގައިކޮޅުގައި ދަތްއެޅުމެއް، އަނިޔާއެއްވުމެއްނެތި، ބިޔަސިންގާ މަހެއްގެ އަނގައިގެތެރެއިން، އޭގެ ގޮހޮރާއި ހަމައަށް އެކަލޭގެފާނު ވާޞިލުވެއްޖެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި، ކަޅުކުރެއްވި ކަނޑުގެ ފުންކަމުގެ ތެރޭގައި، ބިޔަސިންގާ މަހެއްގެ ބަނޑުތެރޭގައި، ސަލާމަތްވެވަޑައިގަންނަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ޙާލަތުގައިވެސް، ﷲގެ ރަޙްމަތުން އުއްމީދުކަނޑުއްވާލެއްވުމެއްނެތި، ތަކްބީރު ތަޙްލީލް އެކަލޭގެފާނު ދަންނަވަމުންދިޔައެވެ. ޚުޝޫޢަތްތެރިކަމާއިއެކު، ﷲގެ ޙަޟްރަތަށް އިބްތިހާލުވެވަޑައިގެން، ފާފަ ފުއްސަވައިދެއްވުމަށް ދަންނަވަމުންދިޔައެވެ.

އެކަލޭގެފާނުގެ ޙާލަތު ﷲ މޮޅަށް ބައްލަވާވޮޑިގެންވިއެވެ. މަހުގެ ބަނޑުގައި، އަނދިރީގެމައްޗަށް ހުރި އަނދިރިކަމާއި ބިރުވެރިކަމުގައި އެކަލޭގެފާނު ހޭދަކުރެއްވި މުއްދަތާއިމެދު ޢިލްމުވެރީންގެ މެދުގައި ބޮޑެތި ޚިލާފުތަކެއް އެބަހުއްޓެވެ. އެއީ، އެއްދުވަސްކަމުގައި، 3 ދުވަސްކަމުގައި، 7 ދުވަސްކަމުގައި، 40 ދުވަސްކަމުގައިވެސް ޢިލްމުވެރީން ވިދާޅުވެއެވެ.
ދެންފަހެ ﷲ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމާއިއެކު، ހިކިފަސްތަނަކަށް މަސް ބީއްސާލާ، އޭގެ ގޮހުރުގެތެރެއިން އެކަލޭގެފާނަށް ނުކުމެވަޑައިގެންނެވޭނެގޮތް ﷲ މެދުވެރިކުރައްވައިފިއެވެ. އަދި އެކަލޭގެފާނަށްޓަކައި، ބަރަބޮލުގެ ޢާއިލާގެ ބާވަތަކުން، ފަރީއްކޮޅު ލިބިވަޑައިގަންނަވާނެގޮތް މެދުވެރިކުރައްވާ، ﷲގެ ނިޢްމަތްތައް އެކަލޭގެފާނަށް އިތުރުކޮށްދެއްވައިފިއެވެ.

ޔޫނުސްގެފާނު އިންޒާރުދެއްވިފަދައިން، ޤައުމުގެ މީހުންނާ ﷲގެ ޢަޛާބުކުރިމަތިވެގެންއައެވެ. އެހިނދު ޔޫނުސްގެފާނު ޤައުމުދޫކުރައްވާ ވަޑައިގެން ވީ ނަމަވެސް، އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން މީސްތަކުންގެ ހިތްތަކަށްވަދެ، ﷲއަށް އީމާންވުމުގެ މަގު ޤައުމުގެ އެންމެން ޚިޔާރުކޮށްފިއެވެ. އަދި ކުށްފާފަތަކަށް ތައުބާވެ، ކަރުނައަޅާ ޙާލުގައިތިބެ، ﷲގެ ޢަޛާބުން ސަލާމަތްކޮށްދެއްވުން އެދި ދަންނަވައިފިއެވެ.

ﷲގެ ޢަޛާބު ކުރިމަތިވެގެން އައުމަށްފަހު، އީމާންވުމުގެ ސަބަބުން، އެ ޢަޛާބުން ނަޖާކުރެއްވި ހަމައެކަނި ޤައުމަކީ ޔޫނުސްގެފާނުގެ ޤައުމެވެ. ޔޫނުސްގެފާނުގެ މާތްކަމުގެމައްޗަށް އެތައް އެތައް ޙަދީސެއް ރިވާވެގެންވެއެވެ.




#Article 128: ހޫދުގެފާނު (234 words)


ހޫދުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ނޫޙްގެފާނުގެފާނުގެ ޤައުމުގެ މީހުންކުރެ، ބުދަށްއަޅުކަންކޮށް، ބިންމަތީ ބޮޑާވެގަތްމީހުން ނެތިގޮސް، ބިންމަތި އިޞްލާޙުވެފައިވަނިކޮށް، ބުދަށް އަޅުކަންކުރަން އަލުން ފަށައިގަނެ، ﷲއަށް ޝަރީކުކުރި ބަޔަކީ ޢާދު ބާގައިގެ މީހުންނެވެ. އެއީ ޢަރަބިކައިގެ ސަރަޙައްދުގައި ދިރިއުޅުނު އިސްކޮޅުން ދިގު، ހަށިގަނޑުބިޔަ މީހުންގިނަ ޤައުމެއްގެ ބަޔެކެވެ.

ޢާދުބާގައިގެ މީހުންގެ ޢަމަލުތައް ޙައްދުފަހަނައަޅައިގޮސް، ޝިރުކުކުރުމާ، ނޭއްގާނީ ޢަމަލުތައް އެއުރެންގެ ތެރޭގައި ޢާއްމުވުމުން، އެއުރެންނަށް ތެދުމަގަށް ގޮވާލައްވައި، ﷲގެ އެއްކައުވަންތަކަމުގެ ޙުއްޖަތް ޤާއިމްކުރެއްވުމަށް، ﷲ އިޚްތިޔާރުކުރެއްވީ ހޫދު ޢަލައިހިއްސަލާމެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ޤައުމުގެ އެންމެހާ މީސްތަކުންނަށް ﷲގެ ރިސާލަތު އިއްވަވައިދެއްވިއެވެ. ﷲފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި، އާޚުރަތްދުވަހަށް އީމާންވުމަށް މަޑުމައިތިރިކަމާއިއެކު ނަޞޭޙަތްދެއްވިއެވެ. އަދި މަރުވުމަށްފަހު، އަލުންދިރުއްވާ ﷲގެ ޙަޟްރަތަށް މަޙްޝަރުކުރެއްވޭނެކަން ހަނދާންކޮށްދެއްވިއެވެ.

ހޫދުގެފާނުގެ އިއްވެވި ހެޔޮބަސްތައް، އެކަލޭގެފާނުގެ ޤައުމުގެ ބޮޑުންނަށާއި، އަދި ބޮޑުންގެ ބަހަށް ހެއްލިތިބި ގިނަ ބަޔަކަށްވީ މޮޔަ ވާހަކަތަކަކަށެވެ. އެމީހުން ހޫދުގެފާނަށް ޖަވާބުގައި ދަންނަވަނީ، ތިމަންނާމެން މިއަޅުކަންކޮށް އުޅޭ ބޮޑު ތިންބުދުކަމުގައިވާ، ޞަމަދް، ޞަމޫދާ، އަދި ވަހްރާގެ ކޯފާ ކަލޭގެފާނަށްކުރިމަތިވެ، ކަލޭގެފާނު ތިޔަހުންނެވީ ސޭކު ވާހަކަ ދައްކަވާ ބޭކަލަކަށް ބަދަލުވެފައެވެ. ކަލޭގެފާނު ތިޔަ ދައްކަވާ ވާހަކަ ތެދުކުރައްވަން ތިމަންނާމެން ޤަބޫލުކުރާ ޒާތުގެ މުޢުޖިޒާތެއް ނުދެއްކެވުނެވެ. މަރުވެ، ކަށިތައްފީވެ، ކުނޑިކުނޑިވެ، ބިމުގެވެއްޔާ އެކުވެދިއުމަށްފަހު، އަލުން ދިރުއްވޭނެކަމަކަށް ޤަބޫލެއްނުކުރަމެވެ. ކަލޭގެފާނު ތިޔަ އަޅުކަންކުރައްވާ އިލާހު ފޮނުއްވާނެކަމަށް ތިޔަ ވިދާޅުވާ ކޯފާ، ނިކަން އަހަރެމެންގެމައްޗަށް ގެންނަވާ ބައްލަވާށެވެ.

ޤައުމުގެ މީހުންކުރެ ހޫދުގެފާނަށް އީމާންވީ މަދުބަޔެކެވެ. އެކަލޭގެފާނުގެ ދަޢުވަތާއި ދެކޮޅުހެދި ބައިގަނޑުގެ ޢަމަލުތައް އިހުނަށްވުރެ ގޯސްވެ، އީމާންވި މީސްތަކުންނަށް ދުއްތުރާކުރަންފެށުމުން ﷲގެ ނަޞްރަށް އެދިވަޑައިގެން ހޫދުގެފާނު ދުޢާކުރެއްވިއެވެ. ޤައުމުގެ މީހުންނަށް ފުރަތަމަ ކުރިމަތިވީ ހަނަފަސްކަމެކެވެ. ދެން ވާރޭގެ އިންތިޒާރުގައި އެމީހުންތިއްބާ، ކަޅުވިލާތައް އުޑުމަތީން ފެންނަންފެށުމުން އެއީ ވިއްސާރަވިލާކަމުގައި ބުނެ އިންތިހާއަށް އެމީހުން އުފާފާޅުކުރިއެވެ. ވިލާތައް އެމީހުންނާއިހަމައަށް އަވަހަށް ފޯރުމަށް އެމީހުން އެދިއެދި ތިބިއެވެ. ވިލާތައް އެމީހުންގެ ބޯމަތިވެ، ކުރަމުން އައި އިންތިޒާރީގެ ނިމުން އައިއިރު، ވިލާތައް ބަދަލުވީ، އެމީހުންގެމައްޗަށް ﷲގެ ކޯފާއާއިގެން އައި ގަދަފަދަ ވަޔަށެވެ. 7 ރެއާއި 8 ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ އެ ގަދަފަދަ ވައިގެ ޢަޒާބުގެ ސަބަބުން އެތިބަ ބިޔަ ހަށިތަކުގެ ވެރީން، ބިންމަތީންލުހި، އެއުރެންގެ ބޮލާއި ހަށިގަނޑުވަކިވެދިޔައެވެ. ﷲގެ ރަޙްމަތްވަންތަކަމުން، ހޫދުގެފާނާއި އެކަލޭގެފާނަށް އީމާންވެތިބި މީހުން، މި ގަދަފަދަވައިގެ ނުރައްކަލުން ސަލާމަތްކުރެއްވިއެވެ.

 




#Article 129: ޝުޢައިބުގެފާނު (217 words)


ޝުޢައިބުފާނަކީ ﷲ ގެ ރަސޫލެކެވެ. ޝުޢައިބު ޢަލައިހިއްސަލާމް ރަސޫލުކަމާއިގެން ފޮނުއްވުނީ ޢަރަބިކަރައިގެ މަދްޔަންގެ އަހުލުވެރީންގެ ގާތަށެވެ. މަދްޔަންގެ އަހުލުވެރީން އޭރު އަޅުކަންކޮށް އުޅުނީ ގަހަކަށެވެ. މުދާ ޤާފިލާތަކަށް އަރައިގަނެ، މަގުފޭރި އުޅުމާ މިނެކިރުމުގައި އޮޅުވާލާ، މަކަރާ ހީލަތްހެދުމުގައި އަރައިތިބިބައެއްކަމުގައި މަދްޔަންގެ އަހުލުވެރީން އޭރުވިއެވެ.

ޝުޢައިބުގެފާނަކީ މަދްޔަންގެ ޤަދަރުވެރި ޤަބީލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނަށް ﷲގެ ޙަޟްރަތުން އަމުރުވެވިގެންވާ ކަންކަން ޤައުމުގެ މީހުންނަށް އިއްވަވައި، މަގުފޭރުންފަދަ މިނެކިރުމުގައި ހީލަތްހެދުންފަދަ މުޑުދާރު ޢަމަލުތައް ދޫކޮށްލުމަށް ބާރުއަޅުއްވަވާ ރިވެތި ވަޢުޒާއި ނަޞޭޙަތްތައް އިއްވެވިއެވެ.

ނަމަވެސް މަދްޔަންގެ އަހުލުވެރީންކުރެ ގިނަބަޔަކު ޝުޢައިބުގެފާނުގެ ދަޢުވަތަށްދިނީ ބީރުކަންފަތެކެވެ. ﷲގެ ހެޔޮރަޙްމަތްފުޅުން މަދްޔަންގެ އަހުލުވެރީންނަކީ ޢަދަދުގިނަ، ނިއްމަތްތައް ގިނަ ބައެއްކަމުގައިލައްވާފައިވާކަން، ޝުޢައިބުގެފާނު ހަނދުމަކޮށްދެއްވާ ކޮންމެ ފަހަރަކު އެމީހުން އެކަލޭގެފާނަށްކުރަނީ ފުރައްސާރައެވެ. އެކަލޭގެފާނު ނަމާދުކުރައްވާތީ އެކަމަށް މަލާމާތްކޮށް، އެކަލޭގެފާނު ﷲ ހަނދުމަކުރައްވާ ކީރިތިކުރައްވާތީ ކަލޭގެފާނީ ބަލިކަށި ފިނޑިއެކޭ ބުނެ، އެކަލޭގެފާނަށް އެކިޒާތުގެ ގޯނާތަކާއި ދުއްތުރާތައްކޮށް މަދްޔަންގެ އަހުލުވެރީން ބޮޑާވެގަތެވެ. އެއުރެންނާ، ޝުޢައިބުގެފާނާއިދެމެދު ވަނީ ފަރުދާއެއް ލެވިގެންކަމަށާއި، ދުވަހަކުވެސް އީމާނެއްނުވާނެކަމަށް އެއުރެން ދަންނަވައި އުޅުނޫއެވެ. ކަލޭގެފާނަކީ ޤަދަރުވެރި ޤަބީލާއެއްގެ ބޭކަލެއްނޫންނަމަ ކަލޭގެފާނު މިހާރު ރަޖަމުކޮށްފީމުހޭ ބުނެ ތަފާތު އިންޒާރުތައްދިނޫއެވެ.

ޝުޢައިބުގެފާނާއި، އަދި އެކަލޭގެފާނުގެ ރިސާލަތަށް އީމާންވީ މަދުމީސްކޮޅު، ޤައުމުގެ ތެރޭގައި އެކަހެރިވެ، ބާކީވެ، ކާފިރުކަންމަތީ ތިބި މީހުންގެ ދުއްތުރާތައް އިންތިހާއަށްދިއުމުން، ﷲގެ ޢަޒާބެއް އަތުވެދާނެކަމަށް ބިރުނުގަންނަނީތޯ، ޤައުމުގެ މީހުންކުރެން ޝުޢައިބުގެފާނު ސުވާލުކުރައްވައެވެ. ޖަވާބުގައި އެމީހުން ދަންނަވަނީ، އެފަދަ ޢަޒާބެއް ނިކަން ގެންނަވާބައްލަވާށޭއެވެ. މި ދަރަޖައަށް ކާފިރުވީ މީސްތަކުންގެ ބަސްމަގު ހައްދުފަހަނައަޅާ ދިއުމުން، އީމާންވެތިބި މީސްކޮޅާއި، ކާފަރުންގެ ބައިގަނޑާއި ދެމެދު، އިންސާފުގެމަގުން ކަންކަން ނިންމަވައިދެއްވުންއެދި ﷲގެ ޙަޟްރަތުގައި ޝުޢައިބުގެފާނު ދުޢާދެންނެވިއެވެ. އަދި ﷲގެ ނަޞްރަށް އެދިވަޑައިގަތެވެ.

މަދްޔަންގެ ސަހަރުގައިތިބި ކާފިރުވީ މީސްތަކުންގެމައްޗަށް ﷲ ފޮނުއްވެވީ، އެކިބާވަތުގެ ޢަޒާބުތަކެކެވެ. މިޢަޒާބުތަކުގެ ތެރޭގައި، ހޫނު އާދަޔާޚިލާފަށް ގަދަވެ، އެއްވެސް ހިޔަލެއް ނެތި، ވައިރޯޅި މުޅީންހިނދި، 7 ދުވަސް ދެމިއޮތެވެ. ދެން ﷲގެ އަމުރުފުޅަށް ބިންގަނޑަށް އައި ގަދަފަދަ ހެލުންގަނޑަކާއިއެކު ކާފިރުންގެ ފުރާނަތައް އެއުރެންގެ ހަށިތަކުން ލުހި، ފުރާނަނެތް މަސްގަނޑުތަކެއްގެގޮތުގައި އެއުރެން ބަދަލުވެ ހިނގައްޖެއެވެ. މި ޢަޒާބުގެ ނުރައްކަލުން، ޝުޢައިބުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީސްތަކުން ﷲ ނަޖާކުރެއްވިއެވެ.




#Article 130: ޞާލިޙުގެފާނު (177 words)


ޞާލިޙުގެފާނަކީ ﷲ ގެ ރަސޫލެކެވެ. ޢަރަބިކަރައިގައި ވަޒަންވެރިވެ، ދިރިއުޅުނު ޘަމޫދުބާގައިގެ މީހުންނަކީ ވަރަށް ބިޔަ ހަށިގަނޑުތަކެއްގެވެރި ޢުމުރުދިގު ބަޔެކެވެ. ކަދުރު ރުއްތަކާ، ފެންއާރުތަކާ، ބަގީޗާތަކުގެ ނިޢުމަތްލިބި އެނިޢުމަތްތަކުގެމައްޗަށް ބޮޑާވެގަތްބަޔެކެވެ. އެމީހުން ގެދޮރު ބިނާކޮށް އުޅުނީ ފަރުބަދަކަނޑައި ބިންވަޅު ނަގައިގެންނެވެ. ބޮޑެތި ގަދަފަދަ ގަނޑުވަރުތައް ފަދައިންނެވެ.

މިފަދަ ނިޢުމަތާ، އުފާވެރިކަމާ، ދިގު ޢުުމުރުގައިވެސް ﷲއަށް އުރެދި، ޝިރުކުކޮށް އުޅުމުގެ ސަބަބުން، ﷲގެ މަގަށް ގޮވާލައްވައި، ޙައްޤު ފާޅުކޮށްދެއްވުމަށްޓަކައި އެޤައުމުގެ މީހުންގެ ތެރެއިން ޞާލިޙްޢަލައިހިއްސަލާމް ﷲ އިޚްތިޔާރުކުރެއްވިއެވެ. އަދި އެބައިމީހުގެގާތަށް ރަސޫލުކަމާއިގެން އެކަލޭގެފާނު ފޮނުއްވިއެވެ.

ޞާލިޙްގެފާނު ތެދުމަގަށް ގޮވާލައްވާ، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންނުކުރުމަށް ޤައުމުގެ މީހުންނަށް ނަޞޭޙަތްދެއްވާ، އާޚުރަތްދުވަސް ހަނދުމަކޮށްދެއްވާ އުޅުއްވަން ފެއްޓެވުމުން ޤައުމުގެ ގިނަބަޔަކު ދުށީ އެކަލޭގެފާނަކީ މޮޔައެއްކަމަށެވެ. އަދި ސިޙުރުޖެހިފައިވާ ބޭކަލެއްކަމަށެވެ. އެކަލޭގެފާނަށް އީމާންވީ މަދުބަޔެކެވެ.
އީމާންނުވެތިބި މީސްތަކުން އެކަލޭގެފާނުގެ އަރިއަހުން އެދުނީ މުޢުޖިޒާތެއްގެގޮތުގައި، ހިލަ ފަރުބައެއްގެތެރެއިން ޖަމަލެއް ނެރުއްވައިދެއްވުމަށެވެ.

ޞާލިޙްގެފާނު ﷲގެ ޙަޟްރަތުގައި ދުޢާދެންނެވުމުން އެފަދައިން ޖަމަލެއް ނެރެދެއްވައެވެ. އަދި އެޖަމަލަށް އަނިޔާވެރިނުވުމަށް ޞާލިޙްގެފާނު އަންގަވައެވެ. ނަމަވެސް ޤައުމުގެމީހުންގެ ބޮޑާކަން ޙައްދުފަހަނައަޅައި، އެޖަމަލާއިމެދުވެސް އަނިޔާވެރިވެ، އެންމެފަހުން ޖަމަލު މަރާލައެވެ. ﷲއަށް އީމާންވާކަށް އެމީހުން ބޭނުމެއްނުވެއެވެ.

އެހިސާބުން 3 ދުވަހުގެ މުހުލަތަކަށްފަހު، ﷲގެ ކޯފާގެގޮތުގައި ގަދަފަދަ އަޑެއް އެމީހުންގެމައްޗަށް ފޮނުއްވައެވެ. އެގަދައަޑުގެ ގުގުމުމާއިއެކު، އެއްކަލަ ބިޔަހަށިތަކުގެވެރީން، އެމީހުންގެ ގަދަފަދަ ގެތަކުގައިތިއްބާ، ފުރާނަ ހަށީން ލުހި، މަރުވެފައިވާ މުޅަ މަސްތަކަށް ބަދަލުވެދެއެވެ. މި ގަދަފަދަ ކޯފާއިން ސަލާމަތްވީ ޞާލިޙްގެފާނާއި، އެކަލޭގެފާނަށް އީމާންވީ މީސްކޮޅު އެކަންޏެވެ. 
ފޮޓޯއިން ތިޔަ ފެނިވަޑައިގަންވަނީ، ޘަމޫދުބާގައިގެމީހުން ބިނާކޮށްފައިވާ ގަދަފަދަ ގެތަކުގެ ތެރެއިން މިއަދަށްވެސް ފެންނަންހުރި ބައެއް ތަންތަނެވެ. އެ ގަދަފަދަ ގެތަކާއި، އެމީހުންގެ ހަށިތަކުގައިހުރި ގަދަ ބާރަކީ، ﷲގެ ޢަޒާބުން ރައްކާތެރިވުމުގައި އެއްވެސް އެހީތެރިކަމެއްދެވުނު ވާޞިޠާއަކަށްނުވިއެވެ.




#Article 131: މުޙައްމަދުގެފާނު (1073 words)


މުޙައްމަދުގެފާނަކީ () މުސްލިމުންގެ ގާތުގައި ﷲ ގެ ރަސޫލެކެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފަނެވެ. ހުޅަނގުގެ ތާރީޚު ޢިލްމުވެރިންގެ ގާތުގައި އެކަލޭގެފާނަކީ އިސްލާމީ ތާރީޚުގެ ބާނީއެވެ.

ގިނަ ތާރީޚީ ލިޔުން ތަކުން ހެކި ލިބޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެ ވަޑައިގަތީ މީލާދީން 571 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ އަށް ވީ ހޯމަ ދުވަހުއެވެ. މި ދުވަހާ ދިމާވަނީ ރަބީޢުލްއައްވަލް މަހުގެ 9 ވަނަ ދުވަހާއެވެ. މިވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހެކެވެ. އެއިގެ ކުރީ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ އާދީއްތަ ދުވަހެކެވެ. 572 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ހޯމަ ދުވަހެކެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ހޯމަ ދުވަހެއްގައިކަން ތާރީޚު ޢިލްމުވެރިން އިއްތިފާޤުވެއެވެ. އެހެންކަމުން ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހޭ ބައެއް މީހުން ބުނާ ބުނުމާ ދިމާކުރާނަމަ ތާރީޚުގައި އޮޅުމެއް އެބައާދެއެވެ.

އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީގައިބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެހެންކަމުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޔަތީމު ބޭފުޅެއްގެ ގޮތުގައެވެ. ޢުމުރުފުޅުން އެއްމެ 6 އަހަރުފުޅުގައި މަންމާފުޅު ވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ބެއްލެވުމުގެ ޒިއްމާ އުފުއްލަވަން ފެއްޓެވީ ކާފާފުޅެވެ. ޢުމުރުފުޅުން 8 އަހަރަށް އަޅައިގަތް އިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ގެންގުޅުއްވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ.

މުޙައްމަދުގެފާނަށް ވަޙީ ބާވާލެއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުގައެވެ. ޙިރާ ފަރުބަދައިގެ ހޮޙޮޅައިގެ ތެރޭގައި އިންނަވަނިކޮށެވެ. ފުރަތަމަ ބާވާލެއްވުނީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. މީގެ ތިން އަހަރު ފަހުން އެކަލޭގެފާނު ފައުޅުގައި މީސްތަކުންނަށް ވަޙީ ވިދާޅުވެދެއްވައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. 

ފުރަތަމަ ކޮޅުގައި އެކަލޭގެފާނާ ތަބަޢަވި ވަރަށް މަދު މީސްކޮޅެކެވެ. މި މީހުންނަށް ދިޔައީ މައްކަގެ އަހުލުވެރިންގެ ގޯނާކުރުންތަކާއި ފުރައްސާރަކުރުންތައް އަމާޒު ވަމުންނެވެ. މީލާދީން 622 ވަނަ އަހަރު މުޙައްމަދުގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. ހިޖްރީ ކަލަންޑަރު ނުވަތަ އިސްލާމީ ކަލަންޑަރު ފެށެނީ މި ހިޖްރައިންނެވެ. ހިޖްރަ ކުރެއްވުމަށްފަހު މަދީގައި އޮތް ގަބާއިލީ ދެކޮޅުވެރިކަން ނައްތަވާ ލެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައި އެކަން ކާމިޔާބު ކުރެއްވިއެވެ. ހިޖްރައިން 8 ވަނަ އަހަރު އެކަލޭގެފާނު މައްކާ ފަތަޙަ ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 10 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ތެރޭގައެވެ. އެއީ މަޝްހޫރު ޙައްޖަތުލްވަދާޢު ނިންމެވުމަށްފަހު މަދީނާއަށް ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީހެވެ. އެއިރު ޢަރަބުލްޙިޖާޒުގެ ގިނަ ތަންތަނުގައި ވަނީ އިސްލާމް ދީން ފެތުރިފައެވެ.

މުޙައްމަދު މިނަންފުޅުގެ މާނައަކީ ޙަމްދުލިބިގެންވާ ކަލޭގެފާނެވެ. މުސްލިމުންގެ ތެރޭގައި އެކަލޭގެފާނަށް ނަބީ ކަލޭގެފާނު ނުވަތަ ރަސޫލާ ނުވަތަ އިތުރު އެކަލޭގެފާނު ފަދަ ނަންފުޅު ތަކުން މުޚާޠަބުކޮށް އުޅެއެވެ. ޤުރުއާނުގައި އެކަލޭގެފާނަށް އަޙްމަދު މިނަންފުޅުން ވެސް މުޚާޠަބު ކުރެވިފައިވެއެވެ. އަޙްމަދު ގެ މާނައަކީ އެންމެ ގިނައިން ޙަމްދު ލިބިގެންވާ ކަލޭގެފާނެވެ. ބުނެވޭ ގޮތުގައި ޔޫނާނީ އިންޖީލުގައިވާ ބާރްޤަލީޠަކީ މުޙައްމަދުގެފާނެވެ.

މުޙައްމަދުގެފާނުގެ ބައްޕައަކީ ޢަބްދުﷲ ބިން ޢަބްދިލްމުއްޠަލިބް އެވެ. ޒުވާން ޢުމުރުފުޅުގައި އެއްމެ ފުރަތަމަ އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅަކީ ބަކަރި ހުއި ހެއްޕެވުމެވެ. އޭގެ ފަހުގައި ވިޔަފާރި ކުރައްވަން ފެއްޓެވީއެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާ ހުރެ ޒުވާން ޢުމުރުފުޅުގައި އެކަލޭގެފާނަށް އަލް-އަމީން ()  ގެ ނަމުން މުޚާޠަބު ކުރެވެއެވެ. ކޮންމެ ރަމަޟާން މަހެއްގައި އެކަލޭގެފާނު ޙިރާ ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގެން ރޯދަ ހިއްޕަވައި ދުޢާ ކުރައްވަތެވެ. އިސްލާމީ ޢަޤީދާގައިވާ ގޮތުގައި މުޙައްމަދުގެފާނުގެ ޢުމުރުފުޅުން 40 އަހަރު ގައި (610 މ.) އެ ކަލޭގެފާނުގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެން ﷲ ގެ ވަޙީގެ އާޔަތްތައް ކިޔަވާ ވިދާޅުވުމަށް އެންގެވިއެވެ. މިއަށްފަހު 23 އަހަރުވަންދެން އެބަހީ އެކަލޭގެފާނު އަވަހާރަވަންދެން މި ވަޙީގެ ސިލްސިލާ ދެމިއޮތެވެ. މި އާޔަތްތަކުގެ މުޖްމަޢަކީ ޤުރުއާނެވެ. 

އެކަލޭގެފާނުގެ ދުވަސްވަރު މުޖުތަމަޢުގައި ހިނގަމުން ދިޔަ ފާޙިޝް ކަންތައް ހުއްޓުވުމަށް މުޙައްމަދުގެފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަލޭގެފާނުގެ ނަބީކަން ޢާއްމު ކުރެއްވުމުގެ ގޮތުން ފައުޅުގައި ދީނަށް ގޮވައިލައްވަމުން ގެންދެވިއެވެ. ދެގޮތެއްނުވާ އެއްކައުވަންތަކަމަށް މީސްތަކުންނަށް ގޮވައިލެއްވިއެވެ. އަދި ޤިޔާމަތްދުވަހާ މެދު އިންޒާރު ކުރައްވަމުން، ކޮންމެ މީހަކުވެސް އެދުވަހު އެމީހެއްގެ ޢަމަލުތަކަށް ޒިއްމާވާންޖެހޭނެކަން ބަޔާން ކުރައްވަމުން ގެންދެވިއެވެ.

މުޙައްމަދުގެފާނުގެ ރިސާލަތަކީ މައްކާގެ ބޮޑުންނަށް ހުރި ބިރެއް ކަމުގައި އެބައިމީހުން ދެކޭތީ، އެއުރެން ދިޔައީ އެކަލޭގެފާނާ ތަބަޢަވީ މީހުންނަށް އުނދަގޫތަކާއި ތުރާތައް ކުރިމަތިކުރަމުންނެވެ. މިކަން މިގޮތުގައި ދަހަޔަކަށް (decade) ދެމިގެން ދިޔައެވެ. މުޙައްމަދުގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވުމުން މި ދުއްތުރާ ކުރުންތައް އައު ދަރަޖައަކަށް އުފުލިގެން ދިޔައެވެ. އަބޫޠާލިބު އިސްލާމް ވެވަޑައިގަތުމުން ދުރުގައި ހުންނެވި ނަމަވެސް މުޙައްމަދުގެފާނުންނަށް މައްކާގެ ބޮޑުން ފޯރުވައިފާނެ ކޮންމެ ތުރައަކުން އެކަލޭގެފާނު މިންޖުކޮށް ދެއްވައެވެ.

މައްކާގެ އަހުލުވެރިންނާއި މުސްލިމުންނާ ދެމެދު އަަށް އަހަރަށް ދެމިގެން ދިޔަ ހަނގުރާމައިގެ ސިލްސިލާ ނިމިގެން ދިޔައީ މުސްލިމުންނަށް ނަޞްރު ލިބި މައްކާ ފަތަޙަ ވެގެންނެވެ. މައްކާ ފަތަޙަ ވުމާ އެކު މުސްލިމުން ކަޢުބާ ގައި ބެހެއްޓިފައި ހުރި ބުދުތައް އެތަނުން ބޭރުކުރިއެވެ. އަދި މައްކާގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުން އިސްލާމް ދީން ޤަބޫލުކޮށްފިއެވެ. މީލާދީން 632 ވަނަ އަހަރު މުޙައްމަދުގެފާނު އެކަލޭގެފާނުންގެ މަޝްހޫރު ޙައްޖަތުލްވަދާޢު ފުރިހަމަ ކުރެއްވުމަށް މައްކާ އަށް ވަޑައިގަތެވެ. މި ދަތުރުފުޅުން ނިމިވަޑައިގެން މަދީނާއަށް ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވެ އެކަލޭގެފާނު ފުރައުއްތަ ވެވަޑައިގެންފިއެވެ. އެއީ ޖޫން މަހެއްގެ 8 ވަނަ ދުވަހެވެ.

މުޙައްމަދުގެފާނަށް ފަހު އިސްލާމީ އުއްމަތުގެ ޒަޢާމަތު ބެލެހެއްޓެވީ ޚުލަފާއުއްރާޝިދޫންގެ ހަތަރު ޚަލީފާއިންނެވެ. ޚުލަފާއުއްރާޝިދޫން ގެ ދައުރުގައި މުސްލިމުންގެ އަމްބަރާޠޫރިއްޔަތު ފަލަޞްޠީނަށާއި، ސީރީއާއަށާއި، މެސޮޕޮޓޭމިއާ އަށާއި، ފާރިސްކަރައަށާއި، އުތުރު އެފްރިކާއަށާއި ދެކުނު އިސްޕޭނަށާއި، އަންޠާލިޔާއަށް ފެތުރިގެން ދިޔައެވެ. 

ޢިލްމީ ނަޒަރަކުން ބަލާއިރު މުޙައްމަދުގެފާނުގެ ޙަޔާތާ މެދު މަޢުލޫމާތެއް ފޯރުވައިދޭނެ އެއްމެ ޞައްޙަ ފޮތަކީ ޤުރުއާނެވެ. މަދުން ނަމަވެސް ޤުރުއާނުގައި މުޙައްމަދުގެފާނުގެ ޙަޔާތުގެ ލަމްޙާތައް ރައްކާކުރެވިފައިވެއެވެ. މުޙައްމަދުގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ޞަޙާބީން ވަނީ ޤުރުއާން އެއްކޮށް ލިޔެ ރައްކާކޮށްފައެވެ. އެހެން ނަމަވެސް އެއިރުވެސް އަދި މިހާރުވެސް ޤުރުއާނަކީ ހިތުދަސްކޮށްގެން ދޫމަތިން ކިޔެވޭ ފޮތެކެވެ. ޤުރުއާން އެއްކޮށް އެއް ފޮތަކަށް ޖަމާ ކުރެވުނީ އަބޫބަކުރުގެފާނުގެ ޚިލާފަތުގައެވެ. 1400 އަހަރު ވެގެން ދިޔައިރުވެސް ޤުރުއާނުގެ ދެ މުޞްޙަފެއްގައި އެއްމެ ފިއްޔެއްގެ ތަފާތުވެސް ނެތެވެ. 

މުޙައްމަދުގެފާނުގެ ޙަޔާތާ މެދު މަޢުލޫމާތު ލިބޭ ދެވަނަ އަޞްލަކީ ސީރާ ނުވަތަ ސީރަތުއްނަބަވިއްޔާގެ ނަމުގައި މުސްލިމް ތާރީޚް ޢިލްމުވެރިން ލިޔުއްވާފައި ހުރި މުޙައްމަދުގެފާނުގެ ޙަޔާތުނާމާ (biography) ތަކެވެ. އަދި ޙަދީޘް ފޮތް ތަކެވެ. މި ފޮތްތަކުން މުޙައްމަދުގެފާނުގެ ޙަޔާތާ މެދު އިތުރު އެތައް މަޢުލޫމާތެއް ލިބެއެވެ. މި ޒަމާނުގެ ތާރީޚީ ފޮތްތަކުގެ ތެރެއިން މުޙައްމަދުގެފާނުގެ ޙަޔާތާ ބެހޭ އެއްމެ ޞައްޙަ މަޢުލޫމާތު ލިބޭ ފޮތަކީ އައްރަޙީޤުލްމަޚްތޫމް މިނަން ކިޔޭ ފޮތެވެ. މި ފޮތަކީ ހިންދުސްތާނުގެ އިސްލާމީ ޢިލްމުވެރިއެއް ކަމުގައިވާ ޞަފިއްޔުއްރަޙްމާން މުބާރަކްޕޫރީ ލިޔުއްވާފައިވާ ސިޔަރަތެކެވެ. އިނގިރޭސި ބަހުން ހުރި ސިޔަރަތު ތަކުގެ ތެރޭގައި އެއްމެ މަޝްހޫރު ފޮތަކީ މިޞްރުގެ ހައިކަލް ލިޔުއްވާފައިވާ ލައިފް އޮފް މުޙައްމަދު މި ފޮތެވެ. ސިޔަރަތު ފޮތް ތަކުގެ ތެރެއިން ފެންނަން އޮތް އެއްމެ ކުރީގެ ފޮތަކީ އިބްނު އިސްޙާޤުގެ ސީރަތު ރަސޫލި ﷲ މި ފޮތެވެ. މި ފޮތުގެ އަޞްލު ފެންނަން ނެތް ކަމުގައި ވިޔަސް މި ފޮތުން ނަކަލު ކުރެވިފައި ހުރި ބައިތައް އިބްނި ހިޝާމުގެ ސީރަތުއްނަބަވިއްޔާ އާއި ޠަބަރީގެ ފޮތުގައި ވެއެވެ. އިބްނި ހިޝާމު ލިޔުއްވާފައިވާ ގޮތުގައި އިބްނި އިސްޙާޤު، މުޙައްމަދުގެފާނުގެ ޙަޔާތުނާމާ ލިޔުއްވީ މުޙައްމަދުގެފާނު ފުރައުއްތަވި ފަހުން 120 އަހަރާއި 130 އަހަރާ ދެމެދުގައެވެ. ވަރަށް ގިނަ ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި މި ޙަޔާތުނާމާ ތަކަކީ ޞައްޙަ މަޢުލޫމާތު އޭގައި ހިމެނޭ ފޮތްތަކެވެ. އަދި ހަމަ އެހެންމެ މުޙައްމަދުގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ލިޔެވިފައިވާ ޙަދީޘް ފޮތްތަކަކީ ހުޅަނގުގެ ޢިލްމުވެރިންގެ ގާތުގައި ވެސް ތާރީޚީ ގޮތުން ބަރޯސާ ކުރެވޭފަދަ ޢިލްމީ މަޤާލާތަކެވެ. 

އެތައް އަހަރެއް ކުރިން ދިރިއުޅުނު ކަމަށް ބުނެވޭ ތާރީޚީ ޝަޚްޞިއްޔަތު ތަކާމެދު ޔަޤީން ކަމެއް ނެތް ނަމަވެސް މުޙައްމަދުގެފާނަކީ ދުނިޔޭގައި އުޅުއްވި ބޭކަލެއް ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. މިއީ ހުރިހާ ތާރީޚް ޢިލްމުވެރިންމެ އެއްބަސްވާ ޙަޤީޤަތެކެވެ.

މުޙައްމަދުގެފާނުގެ ނަސަބުފުޅު އެއްވެސް އޮޅުމެއްނެތި ޢަދްނާނާ ހަމަޔަށް ކިޔަން އެނގެއެވެ. މި ޢަދްނާނަކީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. މުސްތަޢުރިބު ޢަރަބީން ނުވަތަ އުތުރުގައި ވަޒަންވެރިވެ އުޅޭ ޢަރަބީންގެ ގާތުގައި އެމީހުންގެ އެންމެންމެ އެކާފައަކަށް ނިސްބަތްވާ ދުރުކާފައަކީ މި ޢަދްނާނެވެ. 

މުޙައްމަދުގެފާނު ނިސްބަތްވަނީ ޤުރައިޝް ޤަބީލާގެ ހާޝިމް ވަންހައަށެވެ. އެ ކަލޭގެފާނުގެ ނަސަބުފުޅު ކިޔެނީ އަންނަނިވި ގޮތަށެވެ. މުޙައްމަދު ބިން ޢަބްދި ﷲ ބިން ޢަބްދިލްމުއްޠަލިބް (ޝައިބަތު) ބިން ހާޝިމް (ޢަމްރު) ބިން ޢަބްދިމަނާފް (އަލްމުޣީރަތު) ބިން ޤުޞައްޔު (ޒައިދު) ބިން ކިލާބު ބިން މުއްރަތު ބިން ކަޢުބު ބިން ލުއައްޔު ބިން ޣާލިބު ބިން ފިހްރު (ޤުރައިޝް) ބިން މާލިކް ބިން ނަޟަރު (ޤައިސް) ބިން ކިނާނަތު ބިން ޚުޒައިމަތު ބިން މުދްރިކަތު (ޢާމިރު) ބިން އިލްޔާސް ބިން މުޟަރު ބިން ނިޒާރު ބިން މަޢައްދު ބިން ޢަދްނާން، މިއެވެ. 

ޢާއްމުކޮށް ދިވެހިން މިނަސަބުފުޅު ކިޔަނީ، ޢަދްނާނުގެ ފުތް މަޢައްދުގެ ފުތް ނިޒާރުގެ ފުތް މުޟަރުގެ ފުތް އިލްޔާސްގެ ފުތް މުދްރިކަތުގެ ފުތް ޚުޒައިމަތުގެ ފުތް ކިނާނަތުގެ ފުތް ނަޟަރުގެ ފުތް މާލިކްގެ ފުތް ފިހްރުގެ ފުތް ޣާލިބުގެ ފުތް ލުއައްޔުގެ ފުތް ކަޢުބުގެ ފުތް މުއްރަތުގެ ފުތް ކިލާބުގެ ފުތް ޤުޞައްޔުގެ ފުތް ޢަބްދުމަނާފުގެ ފުތް ހާޝިމްގެ ފުތް ޢަބްދުލްމުއްޠަލިބުގެ ފުތް ޢަބްދުﷲގެފާނުގެ ދަރިކަލުން މުޙައްމަދުގެފާނެވެ. އެކަލޭގެފާނުގެ މަންމައަކީ ވަހަބުގެ ދި އާމިނަތުގެފާނެވެ. 

މުޙައްމަދުގެފާނު ނިސްބަތްވަނީ ޢަރަބިކަރައިގެ އުތުރު ބިތުގައި އޮތް މައްކާ އޭ ކިޔޭ ޝަހަރުގެ ގަދަރުހުރި ޢާއިލާއަކަށެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޢާއްމުލްފީލު ނުވަތަ އެތުގެ އަހަރުގެ ނަމުން މަޝްހޫރު ވެފައިވާ އަހަރުގައެވެ. އެ އަހަރާ މީލާދީ ގޮތުން ދިމާވަނީ 570 ވަނަ އަހަރާއެވެ. ހުޅަނގުގެ ގިނަ ތާރީޚު ޢިލްމުވެރިން ވެސް ޤަބޫލު ކުރައްވާ ގޮތުގައި އެތުގެ އަހަރަކީ 570 ވަނަ އަހަރެވެ. އެހެން ނަމަވެސް ވޮޓް ބަޔާން ކުރައްވާ ގޮތުގައި ފަހުގެ ބައެއް ދިރާސާތަކުން އެ އަހަރަކީ މީލާދީން 569 ވަނަ އަހަރަށް ވެސް ނުވަތަ 568 ވަނަ އަހަރަށް ވެސް ވެދާނެއެވެ. އަނެއް ކޮޅުން ވެލްޝް ދެކެވަޑައިގަންނަވާ ގޮތުގައި އެތުގެ އަހަރަކީ 570 ވަނަ އަހަރުގެ ކުރީގެ އަހަރެއް ކަމުގައި ވެފައި، މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ 570 ވަނަ އަހަރުގެ ފަހުން ކަމުގައި ވުމަކީ ވެސް ދުރުކަމެއްނޫނެވެ.

ސުއްނީ މުސްލިމުންގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ރަބީޢުލްއައްވަލް މަހެއްގެ 12 ވީ ހޯމަ ދުވަހަކުއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެދުވަހަކީ ރަބީޢުލްއައްވަލް މަހެއްގެ 9 ވީ ހޯމަ ދުވަހެކެވެ. ޝީޢީން ޤަބޫލުކުރާ ގޮތުގައި މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ރަބީޢުލްއައްވަލް މަހެއްގެ 17 ވަނަ ދުވަހެއްގެ ފަތިހުގެ ވަގުތުގައެވެ.




#Article 132: ތައުޙީދު (183 words)


ތައުޙީދަކީ އިސްލާމް ދީނުގައި ﷲ ގެ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ.

އެއީ އެންމެހައި ފުރިހަމަ ސިފަފުޅުތަކެއް ޚާއްސަވެގެން ވަނީ އަޅަމެން ހައްދަވައި ގެންގުޅުއްވާ ރައްބަށްކަން އަޅާ ދަނެ، އެ ކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެ ކަމަށް އިޢުތިރާފުވެ، އެކަމަށް އީމާންވެ، އެ ކަމުގައި އެކަލާނގެ އެއްކައުވަންތަކުރުމާއި، އަދި އެއާއެކު، އެކަލާނގެ ފުރިހަމަކަމުގައި އެކަލާނގެއާ އެއްވެސް ޝަރީކަކު، ބައިވެރިއަކު، އަދި އަޅައި­ކިޔޭ މިސާލުޖެހޭ ފަރާތެއް ވެސް ނުވާ ކަމާއި، އެކަލާނގެ ހެއްދެވި އެންމެހައި ޚަލްޤުތަކުންގެ މައްޗަށް އުލޫހިއްޔަތާއި، ޢުބޫދިއްޔަތު ލިބިގެންވަނީ (އެބަހީ: އަޅުކަމާއި އަޅުވެތިކަން ޙައްޤުވެގެން ވަނީ) ހަމައެކަނި އެކަލާނގެއަށް ކަން އިޢުތިޤާދުކޮށް ދެން އެއަށްފަހުގައި އަޅުކަމުގެ އެންމެހައި ބާވަތްތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.

ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ނައްޞުތަކަށް ބެއްލެވުމަށްފަހު ޢިލްމުވެރިން ތައުޙީދު ތިން ބަޔަކަށް ބައްސަވައެވެ.

އެއީ ޚަލްޤުކުރެއްވުމާއި، ރިޒުޤުދެއްވުމާއި، ތަދުބީރު ކުރެއްވުމާއި ތަރުބިއްޔަތާއި، މި އެންމެހައި ކަންކަން ލިބިވޮޑިގެންވަނީ ހަމައެކަނި އަޅަމެންގެ ރައްބަށް ކަމާއި، މި ކަންކަމުގައި އެކަލާނގެ އެއްކައުވަންތަވެވޮޑިގެންވާކަން، އިޢުތިޤާދުކުރުމެވެ.

އެއީ ﷲ ތަޢާލާ އެކަލާނގެ ނަފްސުފުޅަށް ސާބިތުކުރައްވާފައިވާ، އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެކަލާނގެއަށް ސާބިތު ކުރައްވާފައިވާ އެންމެހައި ރިވެތި އިސްމުފުޅުތަކާއި އެ އިސްމުފުޅުތަކުން ދަލީލުކޮށްދޭ ސިފަފުޅުތައް، ތަޝްބީހުކުރުމެއް، ތަމްޘީލުކުރުމަކާ ނުލައި، އަދި ތަޙްރީފުކުރުމެއް ތަޢްޠީލުކުރުމަކާ ނުލައި އެކަލާނގެއަށް އެ އިސްމުފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރުމެވެ.

އެއީ އަޅުކަމުގެ ހުރިހައި ވައްތަރަކާއި ބާވަތެއް ހަމައެކަނި ﷲ އަށް އަދާކުރުމެވެ. އަދި އަޅުކަމުގައި ﷲ އެއްކައުވަންތަ­­ކުރުމާއެކު، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޝަރީކުކުރުމަކާ ނުލައި، އެ އަޅުކަމުން ބައެއް އެޅުމަކާ ނުލައި އެކަން ކުރުމެވެ.

ފަހެ ތައުޙީދުގެ މި ތިން ބަޔަކީ، އަޅާ މި ހުރިހައި ބައެއްގައި ހިފަހައްޓައި މި ޢަޤީދާ­ގައި ކުރިއަށް ގޮސްގެން މެނުވިީ، އެ އަޅާއީ ﷲ އެއްކައުވަންތަކުރާ މުވައްޙިދަކަށް ނުވާނޭ ތިން ބައެވެ.




#Article 133: ޝަހާދަތް (1037 words)


ޝަހާދަތަކީ ހެކިވުމެވެ. އިސްލާމް ދީނުގައި ޝަހާދަތަކީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުޙައްމަދުގެފާނީ ﷲ ގެ އަޅާ ކަމަށާއި ރަސޫލާކަމަށް ހެކިވުމެވެ.

ޝަހާދަތުގެ ދެ ކަލިމައަކީ: أَشْهَدُ أن لَا إلَهَ إلَّا اللهُ މި ކަލިމަޔާއި، أَشْهَدُ أن مُحَمَّدًا رَسُولُ الله މި ކަލިމައެވެ. ޝަހާދަތުގެ މި ދެ ކަލިމައަށް އެކީ ހެކިވުމަކީ އިސްލާމްދީނުގެ ފުރަތަމަ ރުކުނެވެ.

އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.އެއީ އެއިން އެއް ކަލިމައަށް ހެކި­ވެފައި އަނެއް ކަލިމައަށް ހެކިނުވެއެއް ނުވާނެއެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ ކިޔައި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް ހެކިވެފައި، مُحَمَّدٌ رَسُولُ اللهِ، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އިންކާރުކުރާ ނަމަ ފުރަތަމަ ޝަހާދަތް، أَشْهَدُ أن لَا إلَهَ إلَّا اللهُ މި ޝަހާދަތް، ޞައްޙައެއް ނުވާނެއެވެ. ހަމަ އެހެންމެ، މުޙައްމަދު ﷺ ގެ ރިސާލަތަށް ހެކިވެފައި ﷲ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް އޭނާ އިންކާރު ކުރާނަމަ ރަސޫލާގެ ރިސާލަތަށް ހެކިވި ޝަހާދަތަކުން ފައިދާއެއް ނުކުރާނެއެވެ. ދެ ޝަހާދަތަށް އެކީ ހެކިވާން ޖެހޭނެއެވެ.

أَشْهَدُ أن لَا إلَهَ إلَّا اللهُ މި ކަލިމައިގެ މާނައަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއް ނުވާކަމަށް ތިމަން ޔަޤީންކޮށް އިޢުތިރާފުވަމެވެ.

މީ ގެ މާނަޔަކީ: އަޅުކަންކުރުމުގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމެވެ.

ﷲ ވަޙީކުރެއްވިއެވެ. ﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ﴾ މާނައީ: “އެހެނީ، ހަމަކަށަވަރުން، ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން، އެއިލާހު ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ޢަޡަމަތްތެރި އިލާހެވެ.”

أَشْهَدُ أن مُحَمَّدًا رَسُولُ اللهِ މި ޝަހާދަތުގެ މާނައަކީ: މުޙައްމަދުގެފާނީ ﷲގެ ޙަޟްރަތުން އެންމެހައި މީސްތަކުންގެ ގާތަށް — އިންސީންނާއި ޖިންނީންގެ ގާތަށް — ފޮނުއްވި ރަސޫލެއް ކަމަށް ތިމާ އިޢުތިރާފުވެ އިޤްރާރުވަމެވެ.

އަލްޢައްލާމާ ޑރ. ޞާލިޙް ބިން ފައުޒާން އަލް ފައުޒާން ވިދާޅުވިއެވެ.ފަހެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާ އެތެރެފުށާއި ބޭރުފުށުން އިޤްރާރުވާން ޖެހޭނެއެވެ. ބޭރުފުށުން ތިމާގެ ދުލުންނެވެ. އެތެރެ ފުށުން ތިމާގެ ހިތުންނެވެ. އެކަލޭގެފާނީ ﷲގެ ރަސޫލާ ކަމަށް ދުލުން އިޤްރާރުވެފައި ހިތުން އެކަމަށް އިންކާރުކުރާނަމަ އޭނާއަކީ މުނާފިޤެކެވެ.ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِذَا جَآءَكَ ٱلۡمُنَٰفِقُونَ قَالُواْ نَشۡهَدُ إِنَّكَ لَرَسُولُ ٱللَّهِۗ وَٱللَّهُ يَعۡلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشۡهَدُ إِنَّ ٱلۡمُنَٰفِقِينَ لَكَٰذِبُونَ﴾ “ކަލޭގެފާނުގެ އަރިހަށް މުނާފިޤުން އަތުވެއްޖެ ހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، ﷲ ގެ ރަސޫލާ ކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާ ކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިޤުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.”އެމީހުންނީ އެމީހުންގެ ޝަހާދަތުގައި — ހެކިވީ ހެކިވުމުގައި — ދޮގުވެރިންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް އެބައިމީހުން އިޢުތިރާފެއް ނުވެއެވެ. ދުލުން ކަމައެކަނި ޝަހާދަތުގެ ބަސްތައް ކިޔައިލަނީ މުސްލިމުންނާ އެކު އުޅެ، ދުނިޔަވީ ފައިދާތަކެއް ހޯދުމަށެވެ. ﴿‌ٱتَّخَذُوٓاْ أَيۡمَٰنَهُمۡ جُنَّةٗ﴾ “އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ.” އެބަހީ: އެމީހުން ވަންހަނާވެ ރައްކާތެރިވާން ސުތުރާއެއްގެ ގޮތުގައި އެ ބަސްތައް ހެދިއެވެ. އެކަމަކު އެބައިމީހުންގެ ހިތްތަކުގައި އެބައިމީހުންނީ ކާފަރުންނެވެ. އެހެނީ ރަސޫލާ ﷺ ގެ ރިސާލަތަށް ބޭރުފުށުންނާއި އެތެރެފުށުން ވެސް އިޢުތިރާފުވާން ޖެހޭނެއެވެ.ހަމަ އެހެންމެ އެކަލޭގެފާނުގެ ރިސާލަތަށް ތިމާގެ ހިތުން އިޢުތިރާފުވެފައި، ދުލުން ފާޅުގައި އެ ބަސްތައް ބުނަން އިންކާރުކުރާ ނަމަ އޭނާ ވެސް މުއުމިނަކަށް ނުވާނެއެވެ. އެހެނީ މުޝްރިކުން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އިޢުތިރާފުވިއެވެ.ﷲ ވަޙީކުރެއްވިއެވެ. ﴿قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِ‍َٔايَٰتِ ٱللَّهِ يَجۡحَدُونَ﴾ މާނައީ: “އެއުރެން (އެބަހީ: މުޝްރިކުން) ބުނާ ބުނުމުގެ ސަބަބުން ކަލޭގެފާނަށް މޮޅިވެރިކަން ލިބިވަޑައިގަންނަވަމުން ދާކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. ފަހެ، އެއުރެން (ހިތުގެ އަޑިން) ކަލޭގެފާނު ދޮގެއް ނުކުރެތެވެ. އެހެނެއްކަމަކު އަނިޔާވެރިން ދެކޮޅުހަދަނީ ﷲ ގެ އާޔަތްތަކާ މެދުގައެވެ.” އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އެމީހުން ދަނެއެވެ. އެކަމަކު އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ޖާހިލިއްޔަ އިލާހުންތަކަށް އޮތް ތަޢައްޞުބުގެ ސަބަބުން އެމީހުން އެކަލޭގެފާނުގެ ރިސާލަތަށް ހެކިވުމަށް ހުރަސްއެޅިއެވެ.ހަމެ އެގޮތަށް ޔަހޫދީންނާއި ނަޞާރާއިން ވެސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އެބައި­މީހުންގެ ހިތް­ތަކުން އިޢުތިރާފުވެއެވެ. އެކަމަކު އެމީހުންގެ ދޫތަކުން އެކަމަށް އިޢުތިރާފުނުވެ، އެކަމާ އެމީހުން ދެކޮޅު­ހެދީއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ﴾ “ތިމަން ﷲ އެ ބަޔަކަށް ފޮތް ދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު—އެބަހީ: ﷲ ގެ ރަސޫލާ ﷺ—ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާ­ކުރާކަން ކަށަވަރެވެ.”ފަހެ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު ދުލުން އެކަމަށް އިޢުތިރާފުނުވެ ހަމައެކަނި ހިތުން އެކަން ގަބޫލުކޮށްލުމަކުން ނުފުދޭނެއެވެ. އެހެނީ މުޝްރިކުންނާއި، ޔަހޫދީންނާއި ނަޞާރާއިން ވެސް ވީ އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހިތުން އިޢުތިރާފުވާ ބައެއް ކަމުގައެވެ. އެކަމަކު ދުނިޔޭގައި އެބައިމީހުންގެ މަޤާމާއި އެމީހުންގެ ރިޔާސަތު ގެއްލިދާނެ ކަމުގެ ބިރަށް، ނޫނީ ރަސޫލާ ﷺ އާ މެދު އޮތް ޙަސަދައެއްގެ ސަބަބުން، ނޫނީ އެބައިމީހުންގެ ބޮޑާކަމުގެ ސަބަބުން، ނޫނީ އެހެންވެސް ނުބައި އެދުމަކާ ހެދި އެ ބަސް ދުލުން ބުނަން އިންކާރުކުރީއެވެ.ދެންފަހެ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ހެކިވާނަމަ ކޮންމެހެން ވެސް އެކަލޭގެފާނާ ތަބާވާން ޖެހޭނެއެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ޙައްޤުގޮތުގައި ތިމާގެ އެރެތެފުށާއި ބޭރުފުށުން، [ހިތާއި ދުލުން،] ހެކިވެފައި އެކަލޭގެފާނާ ތަބާނުވާނަމަ، އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އޭނާ އެވީ ހެކިވުން، އޭނާގެ އެ ޝަހާދަތް، ޞައްޙަވެގެންނެއް ނުވާނެއެވެ.ﷲ ވަޙީކުރެއްވިއެވެ. ﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ﴾ ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެން އެ ތަބާވަނީ، ހަމައެކަނި އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށެވެ.އެކަލޭގެފާނުގެ އެއްވެސް އަމުރުފުޅަކަށް ބޯނުލަނބާ މީހާއަކީ ކާފަރެކެވެ. އަދި ބައެއް ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަންވެފައި އަނެއްބައި ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަން ނުވާނަމަ އޭނާގެ ޝަހާދަތަކީ (ހެކިވީ ހެކިވުމަކީ) އުނިވެގެން ވާ ޝަހާދަތެކެވެ. އެކަލޭގެފާނަށް ކޮންމެހެން ވެސް ކިޔަމަންވާން ޖެހޭނެއެވެ.ﷲ ވަޙީކުރެއްވިއެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ﴾ މާނައީ:  އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަން­ވާށެވެ! އަދި، ރަސޫލާ­އަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަން­ވާށެވެ! ﴿‌يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ﴾ އޭ އީމާންވެއްޖެ މީސް­ތަކުންނޭވެ! ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއިވޭ ޙާލު ތިޔަބައިމީހުން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ! ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ﴾ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި­މީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައި­މީހުން ބާޠިލު­ކޮށްނުލާށެވެ! ﴿مَن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾ ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަން­ވެއްޖެއެެވެ. އަދި، ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ. ﴿وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ﴾ އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. ﴿‌وَإِن تُطِيعُوهُ تَهۡتَدُواْۚ﴾ އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ.ބައެއް ފަހަރު ﷲ އަށް ކިޔަަންވުމާ އެކުގައި އެކަލޭގެފާނަށް ކިޔަމަންވުން އެކަލާނގެ ވަނީ ޛިކުރު­ކުރައްވާފައެވެ. އަދި އަނެއްބައި ފަހަރު އެކަލޭގެފާނަށް ކިޔަމަންވުން ވަނީ ވަކިން ޛިކުރު­ކުރައްވާފަ­އެވެ. އެހެންކަމުން އެކަލޭގެފާނަށް ކިޔަމަންވުމާއި އެކަލޭގެފާނަށް ތަބާވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ދެ ކަމެވެ.އަދި ހަމަ އެފަދައިން އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލޭގެފާނު ގެންނެވި ކަންތަކުގެ ތެރެއަށް އަމިއްލަ ކަންކަން އިތުރު ނުކޮށް އެކަލޭގެފާނު ގެންނެވި ވަރުން ފުއްދާލުމެވެ. ދީނުގެ އަޅުކަންތަކުގެ ތެރެއަށް، ރަސޫލާ ﷺ ޝަރުޢުކުރައްވާފައި ނުވާ ކަމެއް ގެނެސްގެން ނުވާނެއެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ. «وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ.» “އަދި އަލަށް ދީނުގެ ތެރެއަށް ގެނެވޭ ކަންކަމާމެދު ތިޔަބައިމީހުން ރައްކާވެ ތިބޭށެވެ. އެހެނީ ކޮންމެ އާ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” «مَنْ عَمِلَ عَمَلًا لَيسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ.» “އަހަރެމެންގެ މި ދީނުގެ ތެރެއިން ނުވާ ޢަމަލެއް ކޮށްފި މީހާ، ފަހެ، އޭނާގެ ޢަމަލު ވަނީ ރައްދުކުރެވިގެންނެވެ.”އެހެންކަމުން، ބިދުޢަތަކާއި، ދީނުގެ ތެރެއަށް ގެނެވޭ އައު ކަންތަކުން ދުރުވެ، ރަސޫލާ ﷺ ގެންނެވި މިންވަރުން ފުއްދާލުމީ «أَشْهَدُ أن مُحَمَّدًا رَسُولُ الله» މި ޝަހާދަތުގެ މާނައިގެ ތެރޭ ކަމެކެވެ.ދެން ހަމަ އެފަދައިން، އެކަލޭގެފާނު ޚަބަރުދެއްވި އެންމެހައި ކަމަކާއި، އަމުރުކުރެއްވި ކަންކަމާއި ނަހީކުރެއްވި އެންމެހައި ކަމެއްގައި އެކަލާގެފާނުގެ ބަސްފުޅު ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނު އެންގެވި ގޮތަށް އަޅާ ޢަމަލުކުރި ކަމުގައި ވިޔަސް އެ ކަންކަން ތެދުނުކުރާނަމަ އެއީ މުނާފިޤުންގެ ގޮތެވެ. މުނާފިޤުން ވެސް ނަމާދުކޮށް ރޯދަހިފައި ޙައްޖުވެ ޖިހާދުކޮށް ހަދައެވެ. އެކަމަކު ރަސޫލާ ﷺ ގެ ރިސާލަތު އެމީހުން ތެދެއް ނުކުރެއެވެ. އެހެންކަމުން، ޣައިބުގެ ކަންތައްތަކުގެ ތެރެއިން މާޒީވެ ގޮސްފައިވާ ކަންތައްތަކާއި، މުސްތަޤްބަލުގައި ވާނޭ ކަންކަމުގެ ވާހަކަތަކުން އެކަލޭގެފާނު ޚަބަރުދެއްވި ކަންކަމާއި އެކަލޭގެފާނު ޚަބަރުދެެއްވި އަމުރުފުޅުތަކާއި ނަހީތަކާއި، މިހެން ގޮސް އެކަލޭގެފާނު ގެންނެވި ކަންކަމުން އެއްވެސް ކަމެއްގައި އެއްވެސް ޝައްކެއް ކުރުމަކާ ނުލައި ތެދުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުގެ ޙައްޤުގައި ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ﴾ “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.” އަދި ވެސް އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ. ﴿وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ﴾ “ އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!”




#Article 134: ރޯދަ (110 words)


ރޯދަ އަކީ ކޮންމެ އަހަރަކު ރަމަޟާން މަހުގައި އަދާ ކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ.  ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ. ރަމަޟާންމަހު ރޯދަ ހިފުމަކީ: އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނެކެވެ.

ރޯދައަކީ: ﷲ އަށް އަޅުކަމުގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅު­ވީއްސުރެ އިރު­އޮއްސެން­ދެން ރޯދަ ގެއްލޭ އެންމެ­ހައި ކަން­ތައް­ތަކުން ދުރުވެ ހުރުމެވެ. 

ރަމަޟާންމަހުގެ ރޯދައަކީ: އިސްލާމްކަމުގެ މަތިވެރި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.بُنِيَ الْإسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البْْيتِ، وَصَوْمِ رَمَضَانَމާނައީ: އިސްލާމް­­ދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤު­ވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް­ކުރުމާއި، ޒަކާތް­­ދިނުމާއި، ގެފުޅަށް ޙައްޖު­ވުމާއި، ރަމަޟާންމަހު ރޯދަހިފުމެވެ. [ބުޚާރީއާއި މުސްލިމް]




#Article 135: ޙައްޖު (219 words)


ޙައްޖަކީ ވަކި ދުވަސްވަރެއްގައި ކައުބަތުﷲ ގެފުޅަށް ގޮސް ވަކި ގޮތެއްގެ މަތިން ޚާއްސަ ކަންތައްތަކެއް އަޅުކަމެއްގެ ގޮތުގައި އަދާ ކުރުމެވެ. މިއީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ.
ޙައްޖަކީ އަކީ އެކަމަށް ކެރި ކުޅަދާނަވެގެންވާ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ.

ޙައްޖު ފަރުޟުވީ އަހަރާއި ބެހޭ ގޮތުން ގިނަ ޢިލްމުވެރިން ޞައްޙަކުރައްވަނީ އެ އަޅުކަން ފަރުޟުވެފައިވަނީ ހިޖުރައިން 9 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާނުގައި ވަޙީކުރައްާފައިވާ މިބަސް ފުޅެވެ.
(ސޫރަތުލް ޢާލުޢިމްރާން:97)
މާނައީ: އަދި އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެމީހާ، އަޅުކަމެއް ކުރުމަށްޓަކައި ޤަޞްދުކޮށްގެން އެގެފުޅަށް ދިޔުމީ، މާތްﷲ އަށްޓަކައި، މީސްތަކުންގެ މައްޗަށް އޮތް ފަރުޟެކެވެ. އެކަމާއި މެދު އިންކާރުކޮށް ދެކޮޅު ހަދައިފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން މާތްﷲ އީ، އެއްވެސް ފަރާތެއްގެ އަޅުކަމަށް އަދި އެއްވެސް މަޚުލޫޤަކަށް ބޭނުންވެ ވޮޑިގެން ނުވާ، އަމިއްލަ ޒާތުގައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
މިއާޔަތް ބާވައިލައްވާފައިވަނީ ހިޖުރައިން ނުވަވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބަޔާންވެގެން ވެއެވެ.

ޙައްޖަކީ އިސްލާމްކަމުގެ ފަަސްވަނަ ރުކުނެވެ. މިއީ، އެކަމަށް ކުޅަދާނަ ވެގެންވަާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. ކީރިތި ރަސޫލާގެ ޙަދީޠްފުޚެއްގެ މާނަައިގައިވެއެވެ. އިސްލާމްދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. އެއީ، ޝަހާދަތުގެ ދެކަލިމަ ކިޔުމާއި، ނަމާދު ޤާޢިމްކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުވުމެވެ.

އިބްނު މާޖާ ރިވާ ކުރެއްވި ހަދީޠްފުޅެއްގެ މާނައިގައިވެއެވެ. ހައްޖުވާން ބޭނުން މީހާ ފަހެ، ޙައްޖުވުން އަވަސް ކުރާށެވެ. އެހެނީ، އޭނާ ބައްޔެއް ވެދާނެއެވެ. އަދި ދަތުރުގެ ސަވާރީ ގެއްލިދާނެއެވެ.

ަޙައްޖަކީ، އޭގައި މުދަލުން ހޭދަކުރުމާއި، ހަށިގަނޑުން ﷲގެ މަގުގައި ބުރަތަކެއް އުފުލުން ހިމެނިފައިވާ އަޅުކަމެކެވެ.އެހެންކަމުން ޙައްޖަކީ އެހެން ހުރިހާ އަޅުކަމެއްގެ މާނަ ހިމެނޭ އަޅުކަމެއް ކަމުގައި ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މިގޮތުން ބަލާއިރު ޙައްޖަކީ ވަރަށް މާތް އަޅުކަމެކެވެ. އެހެންނަމަވެސް އެންމެ މާތް އަޅުކަމަކީ ނަމާދެވެ.

ޙައްޖުގެ މަނާސިކުތަކަކީ، ޙައްޖަށް ދާމީހާ އެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން އަދާކުރަންޖެހޭ އެންމެހައި ކަންތައްތަކެވެ. ޙައްޖުގެ މަނާސިކުތަކަކީ:




#Article 136: ޒަކާތް (124 words)


'ޒަކާަތަކީ މުސްލިމުން ގެ މުދަލުގެ ތެރެއިން ނަގައިގެން އަދާ ކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ. ޒަކާތަކީ އިސްލާމް ކަމުގެ ރުކުންތަކުގެ 03ވަނަ ރުކުނެވެ. ޤުރުޢާނާއި ސުންނަތުން އަދި ދަންނަ ބޭކަލުންގެ އިޖްމާޢުންވެސް ޒަކާތަކީ ޘާބިތުވެގެންވާ އަޅުކަމެކެވެ. ޒަކާތް ފަރުޟު ކުރައްވާފައިވަނީ ހިޖުރައިން 2 ވަނަ އަހަރު ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައެވެ.

އަރަބި ބަހުގައި (އަލްޒަކާތް) މިބަސް ވަރަށް ގިނަ މާނައިގައި ބޭނުންކުރެވެއެވެ. މީގެ ތެރޭގައި ގިނަވުން، އިތުރުވުން، ބޮޑުވުން، ޠާހިރުވުން، އަދި ބަރަކާތް ޙާސިލްވުން ހިމެނިގެން ވެއެވެ. ފިޤުހު އިލްމުވެރިންގެ އިސްޠިލާޙުގައި ޒަކާތަކީ ޙާއްސަ ޝަރުޠުތަކާއި އެކު މުއްސަނދިންގެ މުދަލުން ނަގާ ފަޤީރުންނާއި މިސްކީނުންނަށް އަދި އެނޫންވެސް ޒަކާތް ލިބުން ޙައްޤު ވެގެންވާ ފަރާތްތަކަށް ދެވޭ މުދަލެވެ. ޒަކާތް ބެހިގެން ވަނީ 2 ބަޔަކަށެވެ. އެއީ ފިތުރު ޒަކާތާއި މުދަލު ޒަކާތެވެ.

ބަޔާންވެ ދިޔަފަދައިން ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. މުސްލިމުންގެ ތެރެއިން މުއްސަނދީންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ޒަކާތަކީ މީސްތަކުންގެ ޖާއިޒް ބޭނުންތައް ފުއްދައިދިނުމަށް އެދުންވެރިކުރުވާފައިވާ މަތިވެރި އަޅުކަމެކެވެ. އިހްސާންތެރި ޞާލިހުންގެ ކިބައިގައި ވާ މަތިވެރި ސިފަތައް ފާޅުވެގެންދާ އެއްގޮތަކީ ދީލަތިކަމާއި އެކު ފަޤީރުންނަށް ދޭ އެހީއެވެ.




#Article 137: ޒިއުސް ގެ ބުދު (444 words)


އިހު ޒަމާނުގައި ގްރީކް މީހުންގެ ހިތްތަކުގައި އެމީހުންގެ ރަސްކަލެއް ކަމުގައިވާ ކްރޯނޯސްގެ ދަރިކަލުން ޒިއުސް އަށް ވަރަށް ޚާއްޞަ މަގާމެއް ދެވިފައި ވެއެވެ. އެމީހުންގެ ހިތްތަކުގައި ޒިއުސް އަށްވަނީ ކަލާންގެ އެއްގެ މަގާމް ދެވިފައެވެ. އެގޮތުން ގްރީކްގެ އިރު އުތުރުގައި އޮންނަ އޮލިމްޕަސް ފަރުބަދައިގައި ދިރިއުޅޭނެ ތަނެއް ހެދިއެވެ. އަދި ގްރީކްގެ ދެކުނުގައިވާ ޕީލޮޕޮނީސަސް އޭ ކިޔޭ ރަށުގައިވާ އޮލިމްޕަސް އޭ ކިޔޭ އަވަށް އަޅުކަން ކުރާނޭ ފައްޅިއެއް އަޅާނެ ތަނެއްގެ ގޮތުގައި ހަމަޖެއްސުނެވެ. ރޯމަނުން ޒިއުސް އަށް ޖުޕިޓަރުގެ ނަމުން ވެސް މުޚާތަބު ކޮށްފައި ވެއެވެ. އޮލިމްޕަސް ނުވަތަ އޮލިމްޕިއާ އޮންނަނީ ގްރީކްގެ ވެރިރަށް އެތެންސްގެ ހުޅަގުން 150 ކިލޯ މީޓަރު ދުރުމިނުގައެވެ. 

ކޮންމެ 4 އަހަރުން 1 އަހަރު ދުނިޔޭގައި ބޭއްވޭ އޮލިމްޕިކް ގޭމްސް ކުޅިވަރު ފެސްޓިވަލް ބޭއްވެނީ ޒިއުސްގެ ޝަރަފް ގައެވެ. މީލާދީން 5 ވަނަ ގަރުނުގެ ކުރިން އޮލިމްޕަސް ބަގީޗާގައި ޒިއުސްގެ ބުދަކާއި އެކު ބޮޑު ބުދުފައްޅި އެއް ބިނާކުރުމަށް ނިންމި އެވެ. އަދި އެމަސައްކަތް ގްރީކްގެ މަޝްހޫރު ބުދު ހަދާމީހެއްކަމުގައިވާ ޕީޑިއާސް އާއި ޙަވާލު ކުރެވުނެވެ. މީލާދީގެ 440 އަހަރު ކުރިން ހަދަން ފެށި ބުދު އަހަރު ތަކެއް ވުމަށްފަހު ހަދައި ނިމުނީ މީލާދީގެ ކުރިން 435 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ކުޅިވަރުތައް ނިމުނު ތަނާހެންނެވެ. 

ބުދު ބެހެއްޓުމަށް ފައްޅި ފުރަތަމަ ބިނާކުރެވުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ޒިއުސްގެ ބުދު ފައްޅި ބިނާކޮށް ނިމުނީ މީލާދީގެ 456 އަހަރު ކުރިންނެވެ. މިތަން ބިނާކުރީ ލިބޯން ކިޔާ މީހެކެވެ. ފައްޅީގެ ކޮންމެ ފަރާތެއްގައި ހިފެހެއްޓުމަށްޓަކައި 13 ތަބު ލެވިފައިވެއެވެ. އަދި ކޮންމެ ކޮޅެއްގައި 6 ތަބު ހުރިކަމަށް ވެއެވެ. ފައްޅީގެ ދިގުމިނުގައި 210 ފޫޓް ހުރިކަމަށް ވެއެވެ. 

ފީޑިއާސް ތައްޔާރުކުރި ޒިއުސްގެ ބުދުގެ އުސްމިނުގައި 12 މީޓަރު ހުރެއެވެ. މީގެ އިތުރުން އޭގެ ބުޑުގަނޑުގައި ނުވަތަ އެންމެ ތިރިއަށްވާ ބައިގެ އުސްމިނުގައި 1 މީޓަރު ހުރެއެވެ. އަދި އެބައިގެ ފުޅާ މިނުގައި 6 މީޓަރު ހުރެއެވެ. ބުދު ތައްޔާރު ކުރެވިފައިވަނީ ކްރިސް ލިޕެންޓިން ކިޔާ މާއްދާ އަކުންނެވެ. މިއީ ރަނާއި އެތުދަތް އެއްކޮށްގެން ހެދިފައިވާ މާއްދާ އެކެވެ. 

ބުދު ތައްޔާރު ކުރެވުނު އިރު ހަށިގަނޑުގެ މަސްތައް އެކުލެވޭ ބައިތައް ތައްޔާރުކޮށްފައިހުރީ ލަކުނޑިންނެވެ. އެއަށްފަހު އޭގެ މަތިން އެތު ދަތުގެ ފަށަލައެއް ދުއްވައި އޭގެ މަތި ރަނުން ޖަރީ ކުރެވުނެވެ. ތާޖު ނުވަތަ ބޯ ތައްޔާރު ކުރެވުނީ އެތުދަތް، ރަން، އެބޮނީ އަދި މިނޫނަސް ތަފާތު ރީތި ހިލަތައް ބޭނުންކޮށްގެންނެވެ. 

ބުދު ހަދާފައި އިން އިރު އޭގެ ކަނާތުގައި ރަނާއި އެތު ދަތުން ތައްޔާރުކޮށްފައިވާ ކުޑަ ބުދެއް އިދެއެވެ. އަދި އެބުދުގައި ދެފަރާތަށް ވާގޮތަށް ފިޔައެއް ލާފައި ވެއެވެ. ވައަތުން އިންނަނީ ޢަޞާގައި ހިފަހައްޓައިގެންނެވެ. ޢަޞާގެ މަތީގައި ރަނާއި އެތުދަތުން ތައްޔާރު ކޮށްފައިިވާ ކުޑަ ބާޒެއް އިދެއެވެ. ގްރީކް މީހުންގެ މިމަސައްކަތުން އެގޭ ގޮތުގައި ޒިއުސްގެ ހަށިގަނޑުގައި އިސްތަށި ވަރަށް ގިނައެވެ. އަދި ބޯ ތުބުޅި އަކާއި ފުޅާ މަތިމަހެއް ހުރެއެވެ. ބުދު ފައްޅީގައި އެއް ފަރާތެއްގައި އެތާގެ ތާރީޚް އެގޭނެ ފިލައެއް ބެހެއްޓިފައި ހުރެއެވެ. 

ބުނެވޭގޮތުގައި ރޯމަނުންގެ ވެރިއަކަށް ހުންނެވި ކަލިގިއުލާ މީލާދީގެ ފުރަތަމަ ގަރުނުގެ ތެރޭގައި ޒިއުސްގެ ބުދު ނަގައިގެން އިޓަލީގެ ރޯމާ އަށް ގެންދަން ބޭނުންވި އެވެ. ނަމަވެސް މިކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. އެއަށްފަހު ބުދު އެހުރިތަނުގައި އޭގެ ފައްޅީގައި ހުރީއެވެ. 

އެންމެ ފަހުން ތިއޯޑޯޝަރ-1 ގެ ވެރިކަމުގައި ޒިއުސްގެ ބުދު ނަގައިގެން ކޮންސްޓަންޓިން ޕޯލް އަށް ނުވަތަ މިހާރުގެ ތުރުކީގެ އިސްޠަންބޯލް އަށް ގެންދެވުނެވެ. އަދި އެތާގައި މީލާދީން 475 ވަނަ އަހަރު ހިގި އަލިފާނުގެ ހާދިސާއެއްގައި މިބުދު ވަނީ އަދައިގެން ގޮސްފައެވެ. ބައެއް ލިޔުން ތަކުގައި ވަނީ މީލާދީން 462 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއް ކަމަށެވެ. މިއަދު މިފައްޅި ހުރިތާގައި ހުރީ ވެއްޓިފައިވާ ތަބުތަކާއި، ބިންގަލާއި، އެހެނިހެން ގާތަކެވެ. 

މީލާދީން 1829 ވަނަ އަހަރު ފްރާންސްގެ ޢިލްމުވެރިން ތަކެއް ފައްޅި ހުރި ހިސާބު ކޮނެ ދިރާސާ ކޮށްފައި ވެއެވެ. އެފަހަރު ބުދުގެ ބައެއް އެތިކޮޅު ތަކާއި، ފައްޅީގެ ބޭރު ރޮގު ހޯދާފައިވެއެވެ. އެއަށްފަހު މީލާދީން 1875 ވަނަ އަހަރު ޖަރުމަނުގެ ޢިލްމުވެރިން ތަކެއް ވެސް އެސަރަޙައްދު ކޮނެ ދިރާސާ ކޮށްފައި ވެއެވެ. އެފަހަރު ބުދު ހެދުމަށް ބޭނުންކުރި ބައެއް ސާމާނުތައް އެހިސާބުން ފެނިފައިވާ ކަމަށް ވެއެވެ.




#Article 138: އެލެގްސެންޑްރިޔާގެ ލައިޓް ހައުސް (763 words)


އެލެގްސެންޑްރިޔާގެ ލައިޓް ހައުސް އަކީ މީލާގެ ކުރިން 3 ވަނަ ގަރުނުގައި ބިނާކުރެވުނު ތަނެކެވެ. އިސްކަންދަރިއްޔާގެ އަލިގެ ، ނުވަތަ އިސްކަންދަރިއްޔާގެ ބައްތި ގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ދުނިޔޭގެ ގަދީމީ ޒަމާނުގެ 7 އަޖައިބު ތަކުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ. މިތަން ހުންނަނީ މިޞްރުގެ އުތުރުން މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ އިސްކަންދަރިއްޔާގެ އައްސޭރީގައެވެ. ފުރަތަމަ މިތަން ބޭނުންކުރެވުނީ އިސްކަންދަރިއްޔާގެ ބަދަރު ފާހަގަ ކުރާ ނިޝާނެއްގެ ގޮތުގައެވެ. ނުވަތަ ލޭންޑް މާރކެއްގެ ގޮތުގައެވެ. 

މެސެޑޯނިއަން ދަރިކޮޅު ރަސްކަލުން އެލެގްޒެންޑަރ ޛި ގްރޭޓް މީލާދީގެ 332 އަހަރު ކުރިން މިޞްރަށް ވަޑައިގެން މިޞްރުގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރި ފަށަށް ވާގޮތަށް އޮންނަ އިސްކަންދަރިއްޔާ ބިނާކުރެއްވި އެވެ. އިސްކަންދަރިއްޔާ މިނަންދެވުނީ އެލެގްޒެންޑަރ ޛި ގްރޭޓްގެ ނަމާއި ގުޅުވައިގެންނެވެ. އިސްކަންދަރިއްޔާއަކީ މިޞްރުގައި މެދުތެރޭ ކަނޑަށް ވާގޮތަށް އޮންނަ މައި ބަދަރު ކަމުގައި އޭރު ބެލެވުނެވެ. އަދި އިސްކަންދަރިއްޔާ ވެފައިވަނީ ގްރީކުންގެ ޙަޟާރަތުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ މުހިއްމު ޝަހަރަކަށެވެ. 
މެސެޑޯނިއަން ދަރިކޮޅު ރަސްކަލުން އެލެގްޒެންޑަރ ޛި ގްރޭޓް މީލާދީގެ 332 އަހަރު ކުރިން މިޞްރަށް ވަޑައިގެން މިޞްރުގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރި ފަށަށް ވާގޮތަށް އޮންނަ އިސްކަންދަރިއްޔާ ބިނާކުރެއްވި އެވެ. އިސްކަންދަރިއްޔާ މިނަންދެވުނީ އެލެގްޒެންޑަރ ޛި ގްރޭޓްގެ ނަމާއި ގުޅުވައިގެންނެވެ. އިސްކަންދަރިއްޔާއަކީ މިޞްރުގައި މެދުތެރޭ ކަނޑަށް ވާގޮތަށް އޮންނަ މައި ބަދަރު ކަމުގައި އޭރު ބެލެވުނެވެ. އަދި އިސްކަންދަރިއްޔާ ވެފައިވަނީ ގްރީކުންގެ ޙަޟާރަތުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ މުހިއްމު ޝަހަރަކަށެވެ. 

މީލާދީގެ 323 ގެ ކުރިން އެލެގްޒެންޑަރ ޛި ގްރޭޓް އަވަހާރަވުމުން މިޞްރުގެ ވެރިކަމަށް އިސްވީ އެލެގްޒެންޑަރގެ ދުވަސްވަރު ކޮމާންޑަރަކަށް ހުންނެވި ޕީޓޮލޮމީ ސޯޓަރ އެވެ. އިސްކަންދަރިއްޔާގެ ލައިޓް ހައުސް ( އަލި ކުރާގެ / އަލިކުރާ ބައްތި ) ބިނާކުރަން ފެށުނީ މިޞްރުގެ ވެރިކަމުގައި ޕީޓޮލޮމީ ސޯޓަރ ހުންނެވި ދުވަސްވަރު އެވެ. އެއީ މީލާދީގެ 290 އަހަރު ކުރިންނެވެ. ލައިޓް ހައުސް ބިނާކޮށް ނިމުނީ ކުރިން ބުނި ރަސްކަލުން އަވަހާރަވި ފަހުންނެވެ. އެއީ ލައިޓް ހައުސް ބިނާކުރަން ފެށިތާ 20 އަހަރު ފަހުންނެވެ. އާދެ މީލާގެ 270 އަހަރު ކުރިންނެވެ. އަދި މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު ލައިޓް ހައުސް ކަމުގައި ބުނެވެއެވެ. އެދުވަސްވަރު މިޞްރުގައި ހުރި ޕިރަމިޑް ނެގުމަށްފަހު ދުނިޔޭގައި ހުރި އެންމެ އުސްތަނެއްގެ ގޮތުގައި ބެލެވިފައިވަނީ ވެސް ލައިޓް ހައުސް އެވެ. 

 
ލައިޓް ހައުސް ބިނާކުރެވުނީ ހުދު ކުލައިގެ ސަންގުމަރުމަރު ހިލައިންނެވެ. މިތަން މަޝްހޫރު ވެފައިވަނީ ފާރޫސް މުންނާރުގެ ނަމުންނެވެ. ފާރޫސް އަކީ ލައިޓް ހައުސް ހުރި އަވަށް ނުވަތަ ހިސާބު ގަނޑަށް ކިޔައި އުޅުނު ނަމެވެ. ލައިޓް ހައުސް ފަރުމާ ކޮށްފައިވަނީ ސޮސް ޓްރޭޓީސް އޭ ކިޔޭ ފަންނު ވެރިއެކެވެ. އޭނާ އެތަން ފަރުމާކޮށް ހެދި އިރު ބިންގާ އެޅުމަށް ހެދި ފަށަލައިގައި އޭނާގެ ނަން ބިންވަޅު ކަނޑައި ލިޔުމަށް އެދުނެވެ. ނަމަވެސް އޭރު ވެރިއަކަށް ހުންނެވި ޕީޓޮލޮމީ 2  އެކަމާއި އިދިކޮޅު ހެއްދެވި އެވެ. ފަހުން ސޮސް ޓްރޭޓީސް އޭނާގެ ނަންލިޔެ، އޭގެ މަތިން ޕްލާސްޓަރު އަޅައި، ޕްލާސްޓަރުގެ މަތީގައި ޕީޓޮލޮމީގެ ނަން ލިޔުނެވެ. ޒަމާންތަކެއް ފަހުން ޕްލާސްޓަރު ގަނޑު ނެއްޓިގެން ދިއުމުން ދެން ފެންނަށް ހުރީ ސޮސް ޓްރޭޓީސް ގެ ނަމެވެ. 

ލައިޓް ހައުސްގެ އުސްމިނުގައި 440 ފޫޓް ހުރެއެވެ. އޭގެ ތިރި ނުވަތަ ފެށޭ ހިސާބު އިންނަނީ ހަތަރެސްކަން ހަމަކޮށެވެ. ދެން ޖެހިގެން އޭގެ މައްޗަށް އިންނަ ބައި ހުރީ އޮކްޓަގަން( އަށް ކަނަށްވާގޮތަށް ) އެއްގެ ސިފަޔަށް ކަމަށް ބުނެވެއެވެ. އެންމެ މަތި ހުންނަނީ ވަށްކޮށެވެ. ތާރީޚީ ޢިލްމުވެރިން ވިދާޅުވާގޮތުން ލައިޓް ހައުސް ބިނާކޮށްފައިހުރީ މަތިމައްޗަށް ގުޅައިފައި ހުރި ބުރުޒު ތަކެއްގެ ސިފަޔަށެވެ. އަދި އެގޮތަށް 4 ބުރުޒު ހުރިކަމަށް ބުނެވެއެވެ. އަދި މިގޮތަށް ބިނާކޮށްފައި އިންނަ ކޮންމެ ބުރެޒެއް ވެސް އޭގެ ދަށަށް އިންނަ ބުރުޒަށްވުރެ ކުޑަކަމަށް ވެއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ އެންމެ އުސް ތަނުގެ ގޮތުގައި މިތަން ފާހަގަ ކުރެވިފައި ވެއެވެ. 

ބުރުޒުގެ އެންމެ މަތީގައި ލޯތައްޓެއް ފަދަ އެއްޗެއްގައި އަބަދުވެސް އަލިފާން ރޯކޮށް ދިއްލާފައި ހުރެއެވެ. މެދުތެރޭ ކަނޑުން 35 މޭލު ދުރުން ދަތުރުކުރަމުންދާ ބޯޓް ފަހަރަށް ވެސް މިތާގެ އަލިކަން ފެންނަ ކަމަށް ވެއެވެ. ބައެއް ލިޔުން ތަކުގައި 100 މޭލު ދުރަށް އަލި ފެންނަ ކަމުގައި ލިޔެފައި ވެއެވެ. ހަމަމިހެން އެންމެ މަތީގައި ބޮޑު ލޯގަނޑެއް ބެހެއްޓިފައި ހުންނަ ކަމަށް ވެއެވެ. ބައެއް ތާރީޚީ ޢިލްމުވެރިން ދެކެލައްވާގޮތުގައި އެލޯގަނޑުގެ އެހީގައި ޤަސްޠަންޠީނިއްޔާ، ކުޑަ އޭޝިޔާ އޭ ކިޔޭ ސަރަހައްދާއި، އަދި މެދުތެރޭ ކަނޑުގެ އިރުމަތީގައިވާ ހިސާބުގައި ހިގާ ކަންތައްތައް ބަލާލެވިދާނެ އެވެ. 

ލައިޓް ހައުސް އިން ފޮނުވި އަލިކަން މެދުތެރޭ ކަނޑުން ދަތުރުކުރި އުޅަނދު ފަހަރަށާއި، އިސްކަންދަރިއްޔާ ގެ ބަނދަރަށް ވަތް އުޅަނދު ފަހަރަށް 1500 އަހަރުވަންދެން ލިބިލިބި ހުއްޓެވެ. ރޭގަނޑުވުމުން މަތީގައި ރޯކޮށްފައި ހުންނަ އަލިފާން ގަނޑުގެ އެހީގައި ބަނދަރު ފާހަގަ ކުރުމަށް، ދުވާލު ވުމުން މަތީގައި ބެހެއްޓިފައިވާ ލޯގަނޑަށް އިރުގެ އަލި އެޅުމުން އުފެދޭ ދޯދިން ބަނދަރު ފާހަގަކުރުމަށް ލައިޓް ހައުސް ބޭނުން ކުރެވުނެވެ. 

ޢަރަބިންގެ އަތްދަށަށް މިޞްރު ދިއުމަށްފަހު މިޞްރުގެ ވެރިކަން އިސްކަންދަރިއްޔާ އިން ގާހިރާ(ކައިރޯ) އަށް ބަދަލު ކުރެވުނެވެ. އެދުވަސްވަރު ލައިޓް ހައުސް މަތީގައި ބަހައްޓާފައި ހުރި ލޯގަނޑު ތަޅައިގެން ދިއުމުން އޭގެފަހުން އެފަދަ ލޯގަނޑެއް ބަހައްޓާފައެއް ނުވެއެވެ. 

މީލާދީން 1166 ވަނަ އަހަރު އަބުލް ޙައްޖާޖު އަލް އަންދަލުސީ އޭ ކިޔޭ ޢަރަބި ދަތުރުވެރިޔަކު ލައިޓް ހައުސް އަށް ޒިޔާރަތް ކުރި އެވެ. އޭނާ ހާމަކޮށްފައިވާ ގޮތުން ލައިޓް ހައުސް ވަނީ ބިންގާގެ ގޮތުގައި އެޅި ފަށަލަ ނުވަތަ ބައި ނުލައި މައްޗަށް 3 ބައި އިންނަ ގޮތަށް ބިނާކުރެވިފައެވެެ. 

މައްޗަށް އިންނަ 3 ބައިން ފުރަތަމަ ބައި އިންނަނީ ހަތަރެސް ކަނަށް ވާގޮތަށެވެ. މިބައިގެ އުސްމިނުގައި 55.9 ފޫޓް ހުރެއެވެ. ދެވަނަ ބައި އިންނަނީ އަށްކަނަށް ވާގޮތަށެވެ. މާނައަކީ އަށްކަނާއި އަށް ފަރާތް އިންނަ ގޮތަށެވެ. މިއިން ކޮންމެ ފަރާތެއްގެ ދިގުމިނުގައި 18.30 މީޓަރު ހުރެއެވެ. އަދި މިބައިގެ އުސްމިނުގައި 27.45 ފޫޓް ހުރެއެވެ. ބިންގާގެ ގޮތުގައި އަޅާފައިވާ ބަޔާއެކު މުޅި ލައިޓް ހައުސްގެ އުސްމިނުގައި 117 މީޓަރު ހުރެއެވެ. 

މީލާދީން 956 ވަނަ އަހަރު އިސްކަންދަރިއްޔާ އަށް އައި ބިންހެލުމެއްގައި ކޮންމެ ވެސް ވަރަކަށް ލައިޓް ހައުސް އަށް ގެއްލުން ލިބިފައި ވެއެވެ. އެއަށްފަހު މީލާދީން 1303، އަދި 1323 ގައި އައި ދެބިން ހެލުމެއްގައި ލައިޓް ހައުސް ވަރަށް ބޮޑަށް ހަލާކުވެގެން ދިޔައެވެ. އެއްކޮށް ލައިޓް ހައުސް ހަލާކުވެގެން ދިޔައީ 1326 ވަަނަ އަހަރުގައި ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. 

މީލާދީން 1480 ވަނަ އަހަރު މަމާލިކުންގެ ރަސްކަލެއް ކަމުގައިވާ ޤައިޠުބޭ މިޞްރުގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު އިސްކަންދަރިއްޔާގެ ސަލާމަތަށްޓަކައި އެތާގެ ބާރު ގަދަ ކުރެއްވުމުގެ ގޮތުން ލައިޓް ހައުސް ހުރިތާގައި ބޮޑު ކޯއްޓޭއެއް ބިނާކުރެއްވި އެވެ. މިކޯއްޓޭ ބިނާކުރެއްވީ ލައިޓް ހައުސް ހަލާކުވުމުން އެތާގައި ހުރި ގާތަކާއި ސަންގުމަރުމަރު ހިލަތައް ބޭނުންކޮށްގެންނެވެ. މިއަދު މިބުނި ކޯއްޓޭ މަޝްހޫރު ވެފައިވަނީ ޤައިޠުބޭ ކޯއްޓޭގެ ނަމުންނެވެ. އިސްކަންދަރިއްޔާ އަށްދާ ގިނަ ފަތުރުވެރިންގެ މަންޒިލަކަށް މިކޯއްޓޭ ވަނީ ވެފައެވެ.

އިސްކަންދަރިއްޔާގެ އިރުމަތީ ބަނދަރުގެ އަޑިން 1994 ޑައިވަރުން ތަކެއް ވަނީ އިސްކަންދަރިއްޔާގެ އަލިކުރާގެ ހަލާކުވެގެން ދިޔައިރު ފައިބައިގެން ދިޔަ ކަމަށް ބެލެވޭ ބައިތަކެއް ހޯދާފައެވެ. މީގެ އިތުރުން އެހިސާބުގަނޑުގެ ސެޓެލައިޓް ފޮޓޯ ތަކުން ވެސް އެފަދަ ބައިތައް ކަމަށް ބެލެވޭ ތަކެތި ފެނިފައި ވެއެވެ. 




#Article 139: ރޯޑެޒްގެ ކޮލޯސަސް ބުދު (448 words)


ރޯޑެޒް އަކީ ގްރީސް ގައި އީޖަން ކަނޑުގެ އިރު ދެކުނަށް މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ ރަށްތަކުގެ ތެރެއިން ހޮވާލެވޭ ބޮޑު ރަށެކެވެ. މިރަށާއި ތުރުކީގެ އައްސޭރި ފަށާއި ދެމެދު ހުންނަނީ 12 މޭލުގެ ދުރުމިނެވެ. މިހިސާބުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ރޯޑެޒް އަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށް އާރާސްތު ކުރެވިފައިވަނީ މީލާދީގެ ކުރިން 408 ވަނަ އަހަރު އެވެ. އަދި މިރަށަކީ އެޒަމާނުގައި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެކެވެ. 

ރޯޑެޒް އަކީ ގްރީކުން، ރޯމަނުން، އިޓަލީން، ފާރިސީން، އަދި އަރަބިންގެ އަތްދަށުގައި އޮވެފައިވާ ރަށެކެވެ. ކޮލޯސަސް އޭ ކިޔުނު ބުދު ހުރީ މިރަށަށް ވަންނަ ބަނދަރުގެ ނެރުމަތީގައެވެ. ބުދުގެ ދެފައި ހަރު ކުރެވިފައިވަނީ ނެރުގެ ދެފަރާތުގައި ބުދު ހަރުކުރުމަށް ތައްޔާރު ކުރެވުނު ދުވާރުގެ މަތީގައެވެ. އެހެން ކަމުން ރޯޑެޒްގެ ބަނދަރަށް ވަންނަ ބޯޓް ފަހަރުތައް ބަނދަރަށް ވަދެގެންދާނީ ކޮލޯސަސް ބުދުގެ ދަށުންނެވެ. 

ކޮލޯސަސް ބުދު ބިނާކުރުމުގެ މަސައްކަތަށް 12 އަހަރު ނެގިއެވެ. ބުދު ހަދަން ފެށިފައިވަނީ މީލާދީގެ ކުރިން 292 ވަނަ އަހަރު އެވެ. ބުދު ހަދައި ނިމިފައިވަނީ މީލާދީގެ ކުރިން 280 ވަނަ އަހަރު އެވެ. ބައެއް ލިޔުން ތަކުގައި ބުދު ހަދައި ނިމިފައިވަނީ މީލާދީގެ ކުރިން 282 ވަނަ އަހަރު ކަމުގައި ލިޔެފައި ވެއެވެ. 56 އަހަރު ވަންދެން ރޯޑެޒްގެ ބަދަރު މަތީގައި މިބުދު ދެމިހުރި އެވެ. އެހެންކަމުން މިބުދު ވެފައިވަނީ ދުނިޔޭގެ ޒަމާންވީ އަޖައިބުތަކުގެ ތެރެއިން އެންމެ ކުރު މުއްދަތަކަށް ފެންނަށް ހުރި ނިޝާނަށެވެ. މީލާދީގެ ކުރިން 224 ނުވަތަ 226 ވަނަ އަހަރު އައި ބިން ހެލުމެއްގައި ރޯޑެޒް އަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ކޮލޯސަސް ބުދުގެ ކަކުލު ހުޅު ބިއްދައިގެން ދިއުން ހިމެނެއެވެ. އެދުވަސްވަރު މިޞްރުގެ ވެރިކަން ހިންގަމުންދިޔަ ޕީޓޮލޮމީ-3ގެ ފަރާތުން ރޯޑެޒްގެ ކޮލޯސަސް ބުދު މަރާމާތު ކުރުމަށް ބޭނުންވާ އެހީވެ ދިނުމަށް އެދި ހުށަހެޅި އެވެ. ނަމަވެސް މިހުށަހެޅުން ރޯޑެޒްގެ އަހުލުވެރިން ގަބޫލެއް ނުކުރެއެވެ. ބިންހެލުމުގައި ބުދު ވެއްޓިފައި އޮތީ ބަދަރުގެ ފަޅު ތެރޭގައި ހުރި ހިލަތަކުގެ މަތީގައެވެ. އެހެން ކަމުން ރޯޑެޒްގެ ބަދަރަށް ވަނުމަށް ހަދައިފައި އޮތް ނެރު ބެދިގެން ދިޔަކަމަށް ވެއެވެ. 

ގާތްގަނޑަކަށް ސާސްކަފެއް ވަންދެން ބުދު ބިދިފައި ރަގަޅު ނުކޮށް އެގޮތަށް އޮތެވެ. މީލާދީން 654 ވަނަ އަހަރު ޢަރަބީން ރޯޑެޒް އަށް ވަނުމަށްފަހު ހަލާކުވެފައިވާ ބުދުގެ ބައިތައް ނަގައި ސީރިޔާގެ ޔަހޫދީ ވިޔަފާރިވެރިއަކަށް ވިއްކާލި އެވެ. ބުނެވޭގޮތުގައި ބުދުގެ ބައިތައް ސީރިޔާއަށް ގެންދެވުނީ 900 ޖަމަލުގެ ބުރިކަށި މަތީގައެވެ. އެހެން ބައެއް ލިޔުންތަކުގައި ވަނީ ރޯޑެޒް އިން ސީރިޔާއަށް 9 ދަތުރު ބުދުގެ ބައިތައް އުފުލުމަށް ކުރިކަމަށެވެ. އަދި މިއިން ކޮންމެ ދަތުރެއްގައި އެތަކެތި އުފުލުމަށް 100 ޖަމަލު ބޭނުންކޮށްފައިވާ ކަމަށެވެ.

ކޮލޯސަސް ބުދުހެދުމުގެ އިސްވެރިއަކަށް ހުރީ ރޯޑެޒްގެ ބުދުހެދުމަށް މަޝްހޫރު މީހެއްކަމުގައިވާ ކަރޭޒް އޭ ކިޔުނު މީހެކެވެ. ބުދުގެ ބޭރު ފަށަލަ ނުވަތަ ހަންގަނޑުގެ ގޮތުގައި އިންނަ ބައި ހެދިފައިވަނީ ރަން ވަށް ލޯ ބޭނުންކޮށްގެންނެވެ. އެތެރެބައި ހެދިފައިވަނީ ދަގަނޑު ފްރޭމަކުންނެވެ. ބުނެވޭގޮތުގައި ބުދުހެދުމަށް 15 ޓަނުގެ ރަން ވަން ލޯ އަދި 9 ޓަންގެ ދަނގަޑު ބޭނުން ކުރެވުނެވެ. 

ބުދުކޮޅަށް އޭގެ މަތީގައި ބެހެއްޓިފައިވާ އަސާސް ނުވަތަ ތަޅުންގަނޑު ހެދިފައިވަނީ ހުދު ކުލައިގެ ސަންގު މަރުމަރު ހިލައިންނެވެ. އެންމެ ފުރަތަމަ ތަޅުންގަނޑުގައި ހަރުކުރެވުނީ ފައިތިލައާއި ފައިގެ ކުޑަހުޅު ހިމެނޭ ބައެވެ. ބުދު ކޮޅަށް ޖެހި އޭގެ ސިފަ ގެނެވިފައިވަނީ މަޑު މަޑުން ބައެއް އިތުރުކުރަމުން ގޮހެވެ. ބުދުގެ މަތީ ބައިތައް ބެހެއްޓުމަށްޓަކައި ބުދުގެ ވަށައިގެން ހަރުގަނޑެއް ފަދަ އެއްޗެއް ބެހެއްޓުނެވެ. ފަހުން އެވަނީ ނަގައިފައެވެ. މިބުދު ތައްޔާރު ކުރެވުނީ ރޯޑެޒްގެ އަހުލުވެރިން މެސެޑޯނިއަންގެ މައްޗަށް ހޯދި ނަޞްރުގެ ހަދާން ދެމެހެއްޓުމުގެ ގޮތުންނެވެ. ނުވަތަ އެކަމުގެ ޛިކްރާ އާކުރުމުގެ ގޮތުންނެވެ. 

ކޮލޯސަސް ބުދު ހަދައި ނިމުނުއިރު އޭގެ އުސްމިނުގައި 33 މީޓަރު ހުރެއެވެ. ބުދުގެ ކަނާތުގައި އަލިފާން ރޯކޮށްފައިވާ ދަންމަރެއް ހުރެއެވެ. ބުދުގެ އެތެރޭގައި ދަންމަރާއި ހަމައަށް ވާޞިލްވުމަށްޓަކައި ވަށްކޮށް ސިޑިއެއް ހެދިފައިވެއެވެ. ހަމަމިހެން ބުދު ހިފެހެއްޓުމަށް ޓަކައި އެތެރެއިން ހިލައިން ހެދިފައިވާ ތަބުތައް ލެވިފައި ވެއެވެ. 

ރޯޑެޒްގައި މިއަދު ކޮލޯސަސް ބުދުގެ ހަދާނަކަށް ހުރީ ބަނދަރުގެ ދުވާރުމަތީގައި ފެންނަށްހުރި ދެ ތަބެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި މިބުދު ހުރި ސިފަޔާއި، ބެހެއްޓިފައިހުރީ ކިހިނެއް ކަމެއް އަދި އަދަންދާންވެސް އެގިފައެއް ނުވެއެވެ.




#Article 140: މައުސޯލަސް ގެ ޒިޔާރަތް (285 words)


މައުސޯލިއަމްގެ މާނައަކީ މީހުން ވަޅުލުމަށް ބިމުން މައްޗަށް އުސްކޮށް ހަދައިފައި ހުންނަ މަޤްބަރާ ނުވަތަ ޒިޔާރަތެވެ. އިގިރޭސި ބަހަށް މިބަސް ނެގިފައިވަނީ މިމައުސޯލިއަމް އަށް ނިސްބަތް ކޮށެވެ. މައުސޯލިއަމްގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ތުރުކީގެ ހަލިކަރްނަސަސް ގައިވާ މައުސޯލަސް ރަސްގެފާނުގެ ޒިޔާރަތެވެ. މިމަގްބަރާ މަޝްހޫރު ވެފައިވަނީ ހަލިކަރްނަސަސްގެ މައުސޯލިއަމްގެ ގޮތުގައެވެ. މިއަދު ހަލިކަރްނަސަސް އަށް ކިޔަނީ ބޮޑްރަމް އެވެ. މިރަށް އޮންނަނީ ތުރުކީގެ ހުޅަގު ދެކުނުގައިވާ އީގަން ކޯރުގެ އައްސޭރީގައެވެ. 

މައުސޯލަސް އަކީ މީލާދީގެ ކުރިން 377ން 353 ވަނަ އަހަރާއި ހަމައަށް ތުރުކީގެ ބައެއް ކަމުގައިވާ ކާރިޔާގައި ވެރިކަން ކުރެެއްވި ރަސްކަލެކެވެ. އޭނާގެ ވެރިކަމުގައި ކާރިޔާއިން ހަލިކަރްނަސަސްއަށް ވެރިކަން ބަދަލު ކުރެވުނެވެ. މައުސޯލަސް އަށް ވެރިކަން ލިބުނީ ބައްޕާފުޅު ހީކަޓޮމްނަސް އަވަހާރަވުމުންނެވެ. 

މީލާދީގެ ކުރިން 353 ވަނަ އަހަރު މައުސޯލަސް ރަސްގެފާނު އަވަހާރަވުމުން އޭނާގެ އަބިކަނބަލުން ރާނީ އާޓިމީސިއާ މައުސޯލަސް ނިޔާވުމުގެ ހިތާމައިގައި ޒިޔާރަތެއް އެޅުމަށް ކަނޑައެޅިއެވެ. މިގޮތުން ޒިޔާރަތް ހަދައި ނިމުނީ މައުސޯލަސް ނިޔާވިތާ 3 އަހަރު ފަހުންނެވެ. އެއީ މީލާދީގެ ކުރިން 350 ވަނަ އަހަރު އެވެ. ޒިޔާރަތް ހަދައި ނިމުމުގެ ކުރިން ރާނީ އާޓިމީސިއާ ވަނީ އަވަހާރަވެފައެވެ. 

މިޒިޔާރަތް ހެދުމަށްޓަކައި އާޓިމީސިއާ ގްރީސް އަށް މީހުން ފޮނުވައިގެން އެތަނުން މަޝްހޫރު ފަންނުވެރިން ގެނައެވެ. އެގޮތުން ޒިޔާރަތް ހެދުމުގައި އިސްރޯލެއް އަދާކުރީ ސްކޯޕަސް އެވެ. އެހީތެރިންގެ ގޮތުގައި އުޅުނު އެކަމުގެ ފަންނާނުންގެ ތެރޭގައި ބްރެކްސިސް، ލިއޯކަރޭޒް، އަދި ޓިމޯތިއަސް ފަދަ ފަންނުވެރިން ހިމެނެއެވެ. 

މިއަދުވެސް ބޮޑްރަމްގައި މިބުނި ކޯއްޓޭ އެބަހުރިމެއެވެ. އެކޯއްޓޭގެ ފާރުގައި ހުރި އޮމާން ހިލަތަކާއި، ސަންގުމަރުމަރު ހިލަތަކަކީ ކުރިން މައުސޯލިއަމް ގައި ހުރި ތަކެއްޗެވެ. މިޒިޔާރަތުން ހިމާޔަތް ކުރެވުނު ބައެއް ބުދު ފަދަތަކެތި އިގިރޭސި ވިލާތުގެ ދާރުލް އާޘާރުގައި ބެހެއްޓިފައި ވެއެވެ. 

މުޅި ޒިޔާރަތުގެ އުސްމިނުގައި 45 މީޓަރު ހުރެއެވެ. އެބައި ބެހިފައިވަނީ އަންނަނިވި ގޮތަށެވެ. އެންމެ ތިރީގައިވާ ޕޯޑިއަމްގެ އުސްމިނުގައި 20 މީޓަރު ވެއެވެ. އަދި އެއާ ވިދިގެން އިންނަ ތަބުތައް ލާފައިވާ ބައިގެ އުސްމިނުގައި 12 މީޓަރު ހުރެއެވެ. އޭގެ މައްޗަށް އިންނަ ޕިރަމިޑްގެ އުސްމިނަކީ 7 މީޓަރު އެވެ. އަދި ޕިރަމިޑްގެ މަތީގައި ބެހެއްޓިފައި ހުންނަ ބުދުގެ އުސްމިނުގައި 6 މީޓަރު ހުރެއެވެ. ޕޯޑިއަމްގެ ތިރިން ބިންމަތިން މިން ނަގާއިރު ފުޅާމިނުގައި 30 މީޓަރު އަދި ދިގުމިނުގައި 40 މީޓަރު ހުރެއެވެ. 

ތަނބުތައް ހިމެނޭ ބައިގައި މުޅި ޖުމްލަ 36 ތަބު ހުރެއެވެ. ޕިރަމިޑް އިންނަނީ ސިނޑި ބަރިއެއް ހެން ހަދާފައެވެ. ޕޯޑިއަމްގެ އަރިމަތި ހުންނަނީ ބުދުކުރަހައިގެން ޒީނަތް ކުރެވިފައެވެ. ސަންދޯން ބެހެއްޓިފައި ހުންނަނީ ޕޯޑިއަމް ގެ އެތެރޭގައެވެ. ހުދު އަލަބަސްޓާ އިން ތައްޔާރު ކުރެވިފައިވާ ސަންދޯން ހުންނަނީ ރަނުން ޖަޒީކުރެވިފައެވެ. މިއަދު މައުސޯލަސް ހުރި ތާގައި ފެންނަން ހުރީ ހަމައެކަނި އޭގެ ބިންގަލެވެ.




#Article 141: އަބޫބަކުރުގެފާނު (1307 words)


އަބޫބަކުރުގެފާނު (އަރަބިބަހުން: أبو بكر الصديق أبو بكر بن أبي قحاف) އަކީ މުސްލިމުންގެ ފުރަތަމަ ޚަލީފާއެވެ.

 
ފުރިހަމަ ނަންފުޅަކީ ޢަބްދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރު ބިން ކަޢުބު ބިން ތައިމް ބިން މުއްރާ ބިން ކަޢުބު ބިން ލުއައްޔު (އަލް ޤުރަޝީ އައްތަމީމީ) އެވެ. ލަގަބަކީ އައްޞިއްދީޤު އެވެ. ބައްޕާފުޅަށް ޢާއްމުކޮށް ކިޔަނީ އަބޫ ޤުޙާފާ އެވެ. މަންމާފުޅަކީ (އުއްމުލް ޚައިރު) ސަލްމާ ބިންތި ޞަޚްރު ބިން ކަޢުބު ބިން ސަޢުދު (އައްތަމީމިއްޔާ) އެވެ. އެއީ ބައްޕާފުޅު އަބީ ޤުޙާފާގެ ބޮޑުބޭބެގެ ދަރިކަނބަލުންނެވެ. އުފަންވެވަޑައިގަތީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތްތާ ދެ އަހަރާއި މަސްތަކެއް ފަހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޢާމުލް ފީލް(އެތު އަހަރު) ގެ ދެ އަހަރާއި މަސްތަކެއް ފަހުންނެވެ. ވީމާ ބެލެވޭ ގޮތުގައި އެއީ މީލާދީން 573 ވަނަ އަހަރުގައެވެ. 

އަބޫބަކުރުގެފާނަށް ޢަތީޤު އޭ ވެސް ކިޔައެވެ. މިބަހުގެ މާނައަކީ މުއްތި ވެފައިވާ މީހާ އެވެ. މިހެން އަބޫބަކުރުގެފާނަށް ކިޔުނީ ކީރިތި ރަސޫލާ އަބޫބަކުރުގެފާނާއި މުޚާޠަބު ކުރައްވައި ކަލޭގެފާނަކީ ނަރަކައިން މުއްތިވެގެންވާ މީހެކޭ މިފަދައިން ހަދީޘް ކުރައްވާފައި ވާތީ އެވެ. އަދި ޢަތީޤު އޭ ކިޔުނީ އަބޫބަކުރުގެފާނުގެ މޫނުގެ ބުރު ސޫރަ ރީތި ކަމާއި، ހަށިގަނޑުގެ ރީތިކަމަށް ނިސްބަތް ކޮށް ކަމަށް ވެސް ބުނެވެއެވެ. 

ކުރިން ވެސް ބުނިހެން އައްޞިއްދީޤު މިއީ އަބޫ ބަކުރުގެ ފާނުގެ ލަގަބެވެ. މި ބަހުގެ މާނައަކީ ތެދުކުރާ މީހާ އެވެ. މިހެން އަބޫ ބަކުރުގެ ފާނަށް ކިޔުނީ ކީރިތި ރަސޫލާ ގެންނެވި ހިދާޔަތާއި ބަސްފުޅުތައް ތެދުކޮށް އަބޫ ބަކުރުގެ ފާނު އެންމެ ފުރަތަމަ އެކަންކަން ގަބޫލުފުޅު ކުރެއްވީތީ އެވެ. ޚާއްޞަކޮށް އިސްރާއުގެ ހާދިސާ ގަބޫލުފުޅު ކުރައްވާފައި ވާތީ ކަމަށް ބުނެވެއެވެ. 

އެދުވަސްވަރު ގުރައިޝުންގެ ނުރުހުން އަބޫ ބަކުރުގެ ފާނަށް ލިބިފައި ވެއެވެ. އަބޫ ބަކުރުގެ ފާނަކީ ކީރިތި ރަސޫލާއަށް ފަހު އިސްލާމް ދީން ދުން އެންމެ މާތް މަތިވެރި އިމާމެވެ. އެއީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމް ދީން ގަބޫލު ފުޅު ކުރެއްވި ބޭފުޅާއެވެ. އެއީ ހިޖުރައިގެ ދަތުރުގައި ކީރިތި ރަސޫލާގެ ރަފީޤު ނުވަތަ ބައިވެރިޔާ އެވެ. 

 
އަބޫ ބަކުރުގެ ފާނަކީ ގުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނޭ ވިސްނުން ތޫނު ބޭފުޅެކެވެ. ވަރަޤަތު ބިން ނައުފަލްއާއި އަދި ކުރިން ބާވައި ލެއްވުނު ފޮތްތައް ދަންނަ ޢިލްމުވެރިންގެ ކިބައިން ޢަރަބިންގެ ރަށްތަކަށް ރަސޫލަކު ފޮނުއްވާނޭ ކަމުގެ ޚަބަރު އަބޫ ބަކުރުގެ ފާނަށް ވެސް އޮތީ އަޑުއިވިފައެވެ. އަދި މިބުނި ރަސޫލަކު ފޮނުއްވާނޭ ކަން ޔަމަނަށް ކުރެއްވި ދަތުރެއްގައި ބައްދަލުވި ޝޭޚެއްގެ ކިބައިން ވެސް އޮތީ ޔަގީން ވެފައެވެ. މިބުނި ޝޭޚް އަންނަން އުޅޭ ނަބިއްޔާއާއި، އެ ނަބިއްޔާގެ ކިބައިގައި ހުންނާނޭ ސިފަތަކާއި ބެހޭގޮތުން އަބޫ ބަކުރުގެ ފާނުގެ އަރިހުގައި ވާހަކަ ދައްކަވާފައި ވެއެވެ. 

މިބުނި ދަތުރުން އަބުރައި މައްކާ އަށް ވަޑައިގެންނެވި ހިނދު ގުރައިޝުންގެ ބޮޑުންގެ ބަޔަކު އަބޫ ބަކުރުގެ ފާނުގެ އަރިހަށް ގޮސް އަބޫ ޠާލިބުގެ ދަރިކޮޅުން ޔަތީމަކު ރަސޫލު ކަމުގައި ފޮނުއްވައިފި ކަމުގެ ވާހަކަ އެބަ ދެކެވޭ ކަމުގައި ދެންނެވި އެވެ. އެހިނދު އަބޫ ބަކުރުގެ ފާނު ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން އެޚަބަރާއި ބެހޭގޮތުން ސުވާލު ކުރެއްވި އެވެ. އަދި ކީރިތި ރަސޫލާ އެކަން ހިގައި ދިޔަގޮތް އަބޫ ބަކުރުގެ ފާނަށް ދަންނަވައި އިސްލާމް ދީނަށް ވަނުމަށް ދަޢުވަތު ދެއްވި އެވެ. އެހިނދު އަބޫ ބަކުރުގެ ފާނު އިސްލާމް ދީން ގަބޫލު ކުރެއްވި އެވެ. އެހެން ކަމުން ކުރިން ވެސް ބުނިހެން މުސްލިމުންގެ ތެރެއިން ފުރަތަމަ އިސްލާމް ދީން ގަބޫލު ކުރެއްވި ބޭފުޅަކީ އަބޫ ބަކުރުގެ ފާނެވެ. 

މާތް ﷲ އެކަލާންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވުމަށް އިޛުނަ ދެއްވި ހިނދު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް މަދީނާ އަށް ހިޖުރަ ކުރެއްވުމަށް އަމުރު ކުރެއްވި އެވެ. އަދި އަބޫ ބަކުރުގެ ފާނު ވެސް ކީރިތި ރަސޫލާގެ އަރިހުން މައްކާއަށް ހިޖުރަ ކުރެއްވުމަށް އެދި އިޛުނައަށް އެދި ވަޑައިގަތެވެ. އެހިނދު އަބޫ ބަކުރުގެ ފާނާއި މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވަނީ އެކަލާންގެ ތިބާއާއެކު ވަޑައިގަންނަވާނޭ ބައިވެރިއަކު ކަނޑައަޅުއްވަންދެން އަވަސްވެ ވަޑައި ނުގެން މަޑު ކުރައްވާށެވެ މިފަދައިންނެވެ. 

އެއަށްފަހު ޖިބްރީލްގެ ފާނު ވަޑައިގެން ގުރައިޝުންގެ ބަޔަކު ކީރިތި ރަސޫލާ ގަތުލު ކުރައްވަން އުޅޭ ކަމުގެ ޚަބަރު ދެއްވި އެވެ. އަދި އެރޭ މައްކާގައި ރޭ ނުކުރައްވައި ހިޖުރައަށް ނިކުމެ ވަޑައިގަތުމަށް އަމުރު ކުރެއްވި އެވެ. އަދި ކީރިތި ރަސޫލާގެ ގެކޮޅުން ހިޖުރައަށް ނިކުމެ ވަޑައިގެންނެވި އެވެ. އޭރު ގުރައިޝުންގެ ތެރެއިން ބަޔަކު ކީރިތި ރަސޫލާގެ ގެކޮޅު ވަށައިގެން ހިގަހިނގާ ތިއްބެވި އެވެ. ނަމަވެސް މާތް ﷲގެ ކުޅަދުން ވަންތަ ކަމުން އެމީހުންގެ ލޯތަކަށް ކީރިތި ރަސޫލާ ފަރުދާ ކުރެއްވި އެވެ. ކީރިތި ރަސޫލާ ވެލިމުށެއް ނަންގަވައި އެމީހުންގެ ބޮލަށް ބުރުއްސަވާ ލެއްވި އެވެ. ނަމަވެސް އެމީހުންނަކަށް އެކަމެއް ނޭގެއެވެ. 

އެއަށްފަހު ކީރިތި ރަސޫލާ އަބޫ ބަކުރުގެ ފާނުގެ ގެކޮޅަށް ވަޑައިގެންނެވި އެވެ. އަބޫ ބަކުރުގެ ފާނު އަވަހާރަ ލައްޕަވާފައި ވަނިކޮށް ހޭލައްވައި، ހިޖުރައަށް ނިކުމެ ވަޑައިގަތުމަށް މާތްﷲ އަމުރު ކުރައްވައިފި ކަމުގެ ޚަބަރު އަބޫ ބަކުރުގެ ފާނަށް ދެއްވި އެވެ. ޢާއިޝަތުގެ ފާނު ވިދާޅުވަނީ އެހިނދު އަބޫ ބަކުރުގެ ފާނު އުފަލުން ގޮސް ލޮލުން ކަރުނަ ފޭދުނު ތަން ތިމަން ދުށީމެވެ. 

ކީރިތި ރަސޫލާއާއި އަބޫ ބަކުރުގެ ފާނު ހިޖުރައަށް ނިކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ފިލާ ވަޑައިގެން ތިއްބެވި އެވެ. 3 ދުވަސް ވަންދެން ހޮހަޅައިގައި ތިއްބެވުމަށްފަހު ނިކުމެ ވަޑައިގެން ހިޖުރައިގެ ދަތުރު ކުރިއަށް ގެންދިއުމަށް ފެއްޓެވި އެވެ. މަދީނާއަށް ވަޑައިގެންނެވޭނޭ މަގު އަބޫ ބަކުރުގެ ފާނަށް އެގިވަޑައި ގަންނަވައެވެ. މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި ތަފާތު މީހުންނާއި ބައްދަލުވެ ލެއްވި އެވެ. އަދި ބައެއް މީހުން އަބޫ ބަކުރުގެ ފާނުގެ އެކުވެރިއަކަށް ހުންނެވި ބޭފުޅާ އާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އެހިނދު އަބޫ ބަކުރުގެ ފާނު ވިދާޅުވެފައިވަނީ އެއީ ހިދާޔަތުގެ މަގަށް ގޮވާލާ މީހާ އެވެ. 

ކީރިތި ރަސޫލާއާއި އަބޫ ބަކުރުގެ ފާނު މަދީނާއަށް ވަޑައިގަތް ހިނދު މަދީނާގެ ރައްޔިތުން އެކަމާ އުފާފާޅުކޮށް ހެދިއެވެ. މުހާޖިރީންނާއި، އަންޞާރީން މަދީނާގެ ބިމުން ކީރިތި ރަސޫލާއާއި، އަބޫ ބަކުރުގެ ފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. އުފާވެރިކަމުގެ މަދަޙައާއި ޅެންތަކާއި ލަވަތައް އެދުވަހު މަދީނާގެ އަހުލުވެރިން ކިޔާފައި ވެއެވެ. އޭގެ ތެރެއިން މަޝްހޫރު އެއް ޅެމަކީ ޠަލަޢަލް ބަދުރު ޢަލައިނާ... މިޢިބާރާތުން ފަށާފައިވާ ޅެމެވެ. 

 
އަބޫ ބަކުރުގެ ފާނަކީ ގުރައިޝުންގެ ތެރޭގައި ހައިބަތާއި މަތިވެރި މަގާމް ލިބިފައިވާ ބޭފުޅަކަށް ވުމުން އާދައިގެ މުސްލިމުންނަށް މުޝްރިކުންގެ ފަރާތުން ކުރިމަތިވި، އުދަގުލާއި، ދުއްތުރާތައް އަބޫ ބަކުރުގެ ފާނަށް ލިބި ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް މުޅިން އެމީހުންގެ އުދަގޫތަކުން މިންޖު ވެފައެއް ވެސް ނުވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ގެފުޅަށް ވަޑައިގެންނެވި ހިނދު މުޝްރިކުން ކީރިތި ރަސޫލާ ވަށާލި އެވެ. އަދި ކީރިތި ރަސޫލާގެ އިހާލާއި ބެހޭގޮތުން ސުވާލު ކުރެއްވި އެވެ. ކީރިތި ރަސޫލާ ތެދުބަހުން ޖަވާބު ދެއްވުމުން މުޝްރިކުން ކީރިތި ރަސޫލާގެ ވަށައިގެން ތަޅާ އަނިޔާ ކުރަން ފެށިއެވެ. މިޚަބަރު އަބޫ ބަކުރުގެ ފާނަށް ލިބުމުން ގެފުޅަށް ވަޑައިގެން ވިދާޅު ވިއެވެ. ކަލޭމެންނަށް ހަލާކު ހުއްޓެވެ. ﷲ އީ ތިމަންގެ ކަލާންގެ ކަމުގައި ބުނާ މީހަކު ތިޔަބައިމީހުން ތިޔަ ގަތުލު ކުރަނީ ހެއްޔެވެ؟. އެހިނދު މުޝްރިކުން ކީރިތި ރަސޫލާ ދޫކޮށް އަބޫ ބަކުރުގެ ފާނަށް އަނިޔާ ކުރަން ފެށިއެވެ. އަބޫ ބަކުރުގެ ފާނުގެ އަހުލު ބައިތުން އައިސް އަބޫ ބަކުރުގެ ފާނު ގެންދަވަންދެން މުޝްރިކުން އަނިޔާ ކުރިއެވެ. އަބޫ ބަކުރުގެ ފާނުގެ ހަގީގީ ސޫރަ އެއަނިޔާގެ ސަބަބުން ގެއްލިގެން ދިޔަކަމަށް ވެއެވެ. 

 
ކީރިތި ރަސޫލާގެ ޙަޔާތުގައި ކުރިމަތި ލެއްވި ޖިހާދު ތަކާއި، އެކި ކަންކަމުގައި ޞާހިބެއްގެ ގޮތުން އެންމެ އަރިހުގައި ހުންނެވި އެއް ބޭފުޅަކީ އަބޫ ބަކުރުގެ ފާނެވެ. ބަދުރު ހަގުރާމައިގައި ކީރިތި ރަސޫލާގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ހަގުރާމަ ހިގަމުންދާނޭ ގޮތް ބެއްލެވުމަށް ފޭލިގެއެއް ފަދަ ތަނެއް ބިނާކުރެއްވުމަށް ކީރިތި ރަސޫލާއަށް ލަފާ ދެއްވި އެވެ. އުޙުދު ހަގުރާމަ އާއި ޚަންދަޤު ހަގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ޞުލްޙުލް ހުދައިބިއްޔާގެ އެއްބަސްވުމުގައި ވެސް ބައިވެރި ވަޑައިގެންފައި ވެއެވެ. ތަބޫކު ހަގުރާމަައިގައި މުސްލިމުންގެ ސަފުގައި އިސްލާމީ ދިދަ އުފުއްލެވީ ވެސް އަބޫބަކުރުގެ ފާނެވެ. އަދި ޙުނައިނު ހަގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. 

 
ވަރަށްގިނަ މަސައްކަތްތަކާއި ކަންތައްތައް އިސްލާމް ދީނުގެ މަގުގައި އަބޫ ބަކުރުގެ ފާނު ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަ ކޮށްލެވެއެވެ. 

ﷲ ގެ މަގުގައި ވަރަށް ގިނަ މުދަލާއި ފައިސާ ހޭދަ ކުރެއްވި އެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ.  އަބޫ ބަކުރުގެ ފާނުގެ މުދަލާއި ފައިސާއިން މަންފާކުރި ވަރަށް އެހެން މީހެއްގެ މުދަލާއި ފައިސާއިން ތިމަން ކަލޭގެ ފާނަށް މަންފާއެއް ނުވެއެވެ. އެހިނދު އަބޫ ބަކުރުގެ ފާނުގެ ލޮލުން ކަރުނަ ފޭދި ވިދާޅު ވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅާއާއި، އަޅާގެ މުދާ އެއީ ތިބާ ނޫން އެހެން މީހެއްގެ އެއްޗެއް ހެއްޔެވެ؟. އަބޫ ބަކުރުގެ ފާނުގެ ފައިސާއިން 7 އަޅުން މިނިވަންކޮށް އިސްލާމް ކުރެއްވި އެވެ. އޭގެ ތެރޭގައި ބިލާލް ބިން ރިބާޙް އަދި ޢާމިރު ބިން ފުހައިރާ ފަދަ ބޭފުޅުން ހިމެނެއެވެ. 

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން މީސްތަކުންގެ މެދުގައި ފިތުނައާއި ޚިޔާލު ތަފާތު ވުންތައް އުފެދިގެން ދިޔައެވެ. އެހިނދު ޢުމަރުގެ ފާނު ވިދާޅު ވިއެވެ. ހަމަ ކަށަވަރުން ﷲގެ ރަސޫލާ ސުވަރުގެ ވަޑައެއް ނުގަންނަވައެވެ. އަދި އެހެން ކިޔައިގެން ވާހަކަ ދަައްކާ މީހެއް ނަމަ އެމީހެއްގެ ގައިގައި ތިމަން މިކަނޑިން ޖަހާ ހުށީމެވެ. އެހިނދު އަބޫ ބަކުރުގެ ފާނު ވިދާޅުވިއެވެ.  އޭ މީސްތަކުންގެ ތެރެއިން މުޙައްމަދުގެ ފާނަށް ތަބާވީ މީހުންނޭވެ. ހަމަކަށަވަރުން މުޙައްމަދުގެ ފާނު ސުވަރުގެ ވަޑައިގެންފި އެވެ. އަދި މާތްﷲ އަށް ތަބާވެ އެކަލާންގެ އަށް އަޅުކަންކުރާ އަހުލުވެރީންނޭވެ. ހަމަކަށަވަރުން މާތްﷲއީ ދާއިމަށް ދިރި ދެމިވޮޑިގެންވާ ރަސްކަލާންގެ އެވެ. 

ޚަލީފާ ކަމުގެ ކުރީކޮޅު އިސްލާމްދީނާއި ދެކޮޅުވެ، ބައެއް ގަބީލާތަކުގެ މީހުން މުރުތައްދުވެގެން ދިޔަ މައްސަލަ ފެންމަތިވެގެން އައެވެ. ބައެއް ގަބީލާ ތަކުގެ މީހުން ޒަކާތުގެ ފައިސާ ދެއްކުމަށް އިދިކޮޅު ހަދަމުން ގެންދިޔައެވެ. އެހިނދު އަބޫ ބަކުރުގެ ފާނު އެމީހުންނާއި ހަގުރާމަ ކުރެއްވުމަށް ލަޝްކަރެއް ތައްޔާރު ކުރައްވައި އިސްވެ ހުންނަވައިގެން ނިކުމެ ވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް ޢަލީގެ ފާނުގެ އެދި ލެއްވުމަށް އަބޫ ބަކުރުގެ ފާނުގެ ބަދަލުގައި ޚާލިދު ބިން ވަލީދު ވެރިއަކަށް އިސްކުރެއްވި އެވެ. އަދި ޚާލިދު ބިން ވަލީދު އިސްވެ ހުންނަވައިގެން އަސަދު އަދި ފިޒާރާ ދަރިކޮޅުގެ މީހުންގެ ތެރެއިން މުރުތައްދުވި މީހުންނާއި ހަގުރާމަ ކުރެއްވި އެވެ. އެއަަށްފަހު ޔަމާމާ އަށް ވަޑައިގެން މުސައިލިމާ ބިން ޚަޞްރު އާއި ހަގުރާމަ ކޮށް ޙަނީފާ ދަރިކޮޅު ގެ މައްޗަށް ނަޞްރު ހޯއްދެވި އެވެ. އަދި މުސައިލިމާ ގަތުލު ކުރެއްވި އެވެ. އެއަށްފަހު ރޫމީންނާއި ކުރި ޔަރުމޫކް ހަގުރާމައިގައި ވެސް ނަޞްރު ހޯއްދެވިއެވެ. 

ޚަލީފާ ކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 11 ވަނަ އަހަރު ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު ގައެވެ. އަޖަލު ޖެހެން ކައިރިވެއްޖެކަން އިހްސާސް ވުމުން ޢުމަރުގެ ފާނު ޚަލީފާ ކަމަށް އިސްކުރެއްވުމަށް ސިއްރިޔާތުގައި ޞަހާބީންނާއި މަޝްވަރާ ކުރެއްވި އެވެ. އަދި ގިނަ ބަޔަކު އެކަމާ އެއްބަސްވެ ވަޑައިގަތެވެ. 

 
އަބޫ ބަކުރުގެ ފާނު ވިދާޅުވެފައި ވެއެވެ. ދުނިޔޭގެ ޒީނަތްތެރި ކަމުގެ ތެރެއިން ކަމަކަށް އިންސާނާ ބޮޑާވެ ގަނެއްޖެ ނަމަ އެބޮޑާކަން ދޫކޮށްލަންދެން އެމީހެއްގެ މައްޗަށް ﷲ ގެ ރުހިވޮޑި ގަތުން ނުވެއެވެ. 

ދުނިޔެ ދޫކުރެއްވުމުގެ ކުރިން ޢުމަރުގެ ފާނާއި މުޚާތަބުކޮށް ވިދާޅު ވިއެވެ. އޭ ޢުމަރު އެވެ. ރަސޫލާގެ އަޞްޙާބީންގެ ވެރިއެއްގެ ގޮތުގައި އަހަރެން ކަލޭގެ ފާނު ކަނޑައަޅައިފީމެވެ. ހަމަކަށަވަރުން މާތް ﷲ ރޭގަނޑު ކުރައްވަން ކަނޑައަޅުއްވާފައިވާ ކަމެއް ދުވާލު ގަބޫލު ނުކުރައްވަތެވެ. އަދި ދުވާލު ކުރަންވަން ކަނޑައަޅުއްވާފައިވާ ކަމެއް ރޭގަނޑު ގަބޫލު ނުކުރައްވަތެވެ. ފަހެ ގިޔާމަތް ދުވަހުން އެމީހެއްގެ ތިލަފަތް ބަރުވާހުށީ ޙައްގަށް ތަބާވެ، ހެޔޮ ޢަމަލުތައް ގިނަ ކުރުމުންނެވެ. އަދި ބާޠިލް ކަންކަމާއި ނުބައި ކަންކަމަށް ތަބާވީ މީހުންގެ ތިލަފަތް އެދުވަހުން ލުއިވާ ހުއްޓެވެ....

 
އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދިލް އާޚިރާ މަހުގައެވެ. އަވަހާރަވީ ހުކުރު ދުވަހެއްގައި ކަމަށް ބުނެވެއެވެ. އެހެން ރިވާޔަތެއްގައި ބުނެވެނީ އަންގާރަ ދުވަހެއްގައި ކަމަށެވެ. އަބޫ ބަކުރުގެ ފާނުގެ މައްޗަށް އިސްވެ ކަށު ނަމާދު ކުރެއްވީ ޢުމަރުގެފާނެވެ. އަބޫބަކުރުގެފާނުގެ އަވަހާރަވީ ރަސޫލާއަށްވުރެ 2 އަހަރާއި ދެތިން މަސް ފަހުންނެވެ. އުފަންވެ ވަޑައިގަތީ ވެސް 2 އަހަރާއި ދެތިން މަސް ފަހުންނެވެ. 

އަވަހާރަވީ އިރު އުމުރުފުޅަކީ 63 އަހަރެވެ. ކީރިތި ރަސޫލާ އަވަހާރަވީ އިރުވެސް އުމުރުފުޅަކީ ވެސް 63 އަހަރެވެ. ޚަލީފާކަން 2 އަހަރާއި 3 މަހާއި ދުވަސްކޮޅެއް ވަންދެން ކުރައްވާފައި ވެއެވެ.




#Article 142: ޢުޘްމާނުގެފާނު (298 words)


އުޘްމާންގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑަގަތީ މީލާދީން 576 ވަނަ އަހަރު އެވެ. އުޘްމާންގެފާނަކީ ޤުރައިޝްވަންހައިގެ ދަރިކޮޅެއް ކަމުގައިވާ އުމަވީ ދަރިކޮޅުގެ ބޭފުޅެކެވެ. އުޘްމާންގެފާނަކީ އެބޭފުޅަކަށް އުމަވީ ދަރިކޮޅު ނިސްބަތްވާ، އުމައްޔާ ގެ ދަރިކަލުން އަބުލް އާޘްގެ ދަރިކަލުން ޢައްފާންގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ކީރިތި ރަސޫލާގެ ބޮޑުދައިތާފުޅެއް ކަމުގައިވާ އަލްބައިޟާގެ ދަރިކަނބަލުން އުރުވާ ބިންތި ކުރައިޛް އެވެ. އުޘްމާންގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅުގެ ފަރާތްޕުޅުންނާއި ބައްޕާފުޅުގެ ފަރާތްޕުޅުން ކީރިތި ރަސޫލާ އާއި ވަރަށް ތިމާގެ ބޭފުޅެކެވެ.

ކީރިތި ރަސޫލާއަށް ނަބީކަން ލިބިވަޑައިގަތުމުގެ ކުރީގައި ވެސް އަބޫބަކުރުގެފާނާއި އުޘްމާންގެފާނަކީ ވަރަށް ގާތް ދެރަޙްމަތްތެރިންނެވެ. ކީރިތި ރަސޫލާ އަށް ނަބީކަން ލިބިވަޑައިގެން ދީނަށް ގޮވައިލެއްވުމުން އެންމެ ފުރަތަމަ އިސްލާމް ދީން ޤަބޫލުކުރެއްވީ އަބޫބަކުރުގެފާނެވެ. އެއަށްފަހު އަބޫބަކުރުގެފާނު، އެކަލޭގެފާނުގެ ގާތް ރަހްމަތްތެރިންނަށް އިސްލާމްދީން ތަޢާރަފްކޮށްދެއްވައި ދީނަށް ގޮވައިލެއްވިއެވެ. އުޘްމާންގެފާނު ހިމެނިވަޑައިގަންނަވަނީ އަބޫބަކުރުގެފާނުގެ މަސައްކަތްޕުޅުން އިސްލާމީ ހިޔާވަހިކަމުގެ ދަށަށް ވަޑައިގެންނެވި އެތަކެއް ބޭފުޅުންގެ ތެރެއިން އެއްބޭކަލެއް ކަމުގައެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި 05ވަނަ އަށް އިސްލާމްދީން ޤަބޫލުފުޅު ކުރެއްވި ބޭކަލަކީ އުޘްމާންގެފާނެވެ.

އުޘްމާނުގެފާނަކީއެކަލޭގެފާނުގެ ހަށިކޮޅުގެ ސިފަފުޅާއި، އަޚްލާޤީ ސިފަފުލުތައް ނުހަނު ފުރިހަމަ ބޭކަލެކެވެ. އެކަލޭގެފާނަކީ ރީތިކަމުގެ ގޮތުން ލާމަސީލް މިސާލެއް ކަމަށް ބުނެއެވެ. ކީރިތި ރަސޫލާ ފިޔަވައި އުޘްމާންގެފާނު ފަދަ ރީތި އެހެން ބޭފުޅަކު ނުވާކަމުގައި އަސްޙާބް ބޭކަލުން ވިދާޅުވެއެވެ.
އިސްލާމީ ރިވެތި އަޚްލާޤުގެ ރިވެތި މިސާލެއް ކަމުގައި އުޘްމާނުގެފާނު ބެލެވެއެވެ. ލަދުވެތިކަމާއި އިއްފަތްތެރިކަން، މަޑުމައިތިރިކަމާއި ދީލަތި ކަން، މިހިރީ ފާހަނގަ ކުރެވޭ ކަންތައްތަކެވެ.
އުޘްމާނުގެފާނުގެ ދީލަތިފުޅުކަން މުސްލިމުންނަށް އެކި ފަހަރު ފަހަރަށް ފޯރާފައިވެއެވެ. މިގޮތުން ފާހަނގަ ކުރެވޭ ބައެއްކަންތައްތަކުގެ ތެރޭގައި މުސްލިމުން މަދީނާ އަށް ހިޖުރަ ކުރުމަށްފަހު ފެން ބޯނެ ވަޅެއް ނެތުމާއި އެކު ޔަހޫދީން ފެންވިއްކާ ވަޅެއް އެކަލޭގެފާނު އަމިއްލަފުޅަށް ބައްލަވައިގެން މުސްލިމުންނަށް ވަޤްފު ކުރެއްވިއެވެ. އަދި ތަބޫކު ހަނގުރާމަ އަށް މުސްލިމުން ނިކުތް ހިނދު 30،000 މީހުން ހިމެނޭ ބޮޑު ލަޝްކަރުގެ 3/1 ޚަރަދު އުޘްމާނުގެފާނު އަމިއްލަ ފުޅު ތަކެތިން ފުރިހަމަ ކޮށްދެއްވިއެވެ. 
އުޘްމާނުގެފާނަށް ލިބިވަޑައިގެންވާ ވަރަށް މުހިންމު ޝަރަފެއް ކަމެއް ކަމުގައި ހިމެނޭ އެއް ކަމަކީ ކީރިތި ރަސޫލާގެ ލޮބުވެތި ދެ ދަރިކަނބަލުންނާއި އެއްބޭކަނބަލަކަށް ފަހު އަނެއް ބޭކަނބަލަކާއި ކައިވެނި ކުރެއްވުގެ ޝަރަފެވެ. އެންމެ ފުރަތަމަ ރުޤިއްޔާ އާއި ކައިވެނި ކުރެއްވުމަށްފަހު ހިޖުރައިން 02 ވަނަ އަހަރު އެކަމަނާ އަވަހާރަވުމުން ކީރިތި ރަސޫލާގެ ދެވަނަ ދަރިކަނބަލެއް ކަމުގައިވާ އުއްމުކުލްޘޫމް އާއި ކައިވެނި ފުޅު ހިޖުރައިން 03 ވަނަ އަހަރު އުޘްމާނުގެފާނާއި ކޮށްދެއްވިއެވެ. ހަމައެހެންމެ އިސްލާމްދީނުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ދެފަހަރަށް ހިޖުރަ ކުރެއްވުމުގެ ޝަރަފުވެސް އުޘްމާނުގެފާނަށް ލިބިވަޑައިގެން ފައި ވެއެވެ. މީގެ އިތުރަށް އުޘްމާނުގެފާނަކީ އެބޭކަލުން ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ވަންތަ ވެރީން ކަމުގެ އުފާވެރި ޚަބަރު ލިބުނު 10 ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. 

އިސްލާމްވެވަޑައިގަތުމަށްފަހު އިސްލާމްދީނަށްޓަކައި މުދަލުން ގިނަގުނަ ހޭދަ ކުރެއްވުމުގެ އިތުރުން އުޘްމާނުގެފާނަކީ ހަށިކޮޅާއި ފުރާނަފުޅުން ޤުރުބާންވެ ވަޑައިގަތުމަށް އެއްވެސް ޖެހިލުމެއް ނުވާ ބޭކަލެކެވެ.




#Article 143: ޢަލީގެފާނު (464 words)


ފުރިހަމަ ނަންފުޅަކީ ޢަލީ ބިން އަބީ ޠާލިބު ބިން ޢަބުދުލް މުއްޠަލިބު ބިން ހާޝިމް ބިން ޢަބުދު މަނާފް ބިން ގުޞައްޔު ބިން ކިލާބު ބިން މުއްރާ ބިން ކަޢުބު ބިން ލުއައްޔު (އަލްޤުރަޝީ އަލްހާޝިމީ ) އެވެ. އާންމުކޮށް ކިޔައި އުޅޭ ނަމަކީ ޢަލީ އަބުލް ޙަސަން އެވެ. ޢަލީގެފާނުގެ މަންމާފުޅަކީ ފާޠިމާ ބިންތި އަސަދު ބިން ހާޝިމް ބިން ޢަބުދު މަނާފް އެވެ. މިއީ މުސްލިމުންގެ 4 ވަނަ ޚަލީފާ އެވެ.

ޢަލީގެފާނަކީ ކީރިތި ރަސޫލާގެ ބޮޑުބޭބެގެ ދަރިކަލެކެވެ. އަދި ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާތިމަތުގެ ފާނުގެ ފިރިކަލުންވެސް މެއެވެ.

ޙަސަން އަދި ޙުސައިނުގެފާނުގެ ބައްޕާފުޅެވެ. ސުވަރުގެ ވަންނާނެ ކަމަށް ކީރިތި ރަސޫލާ ޚަބަ  ރުދެއްވާފައިވާ 10 ބޭފުޅުންގެ ތެރޭގައި ޢަލީގެ ފާނު ވެސް ހިމެނި ވަޑައިގަންނަވައެވެ.

ޢަލީގެފާނު އުޅެބޮޑުފުޅުވީ ކީރިތި ރަސޫލާގެ އަރިހުގައެވެ. މިގޮތުން ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން ކީރިތި ރަސޫލާ ނަމާދަށް ހުންނަވަނިކޮށް ޢަލީގެ ފާނުއަށް ފެނިވަޑައިގެންނެވި އެވެ. ޢަލީގެ ފާނު އެކަމާއި ކީރިތި ރަސޫލާ އާއި ސުވާލު ކުރެއްވި އެވެ. އެހިނދު ރަސޫލާ އިސްލާމްދީނާއި ބެހޭ މައުލޫމާތު ދެއްވައި އިސްލާމްވުމަށް ގޮވާލެއްވިއެވެ. އަދި ޢަލީގފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު އެކަން ބައްޕާފުޅު އަބީ ޠާލިބު އަށް ސިއްރު ކުރެއްވި އެވެ. ޚަދީޖަތުގެފާނަށް ފަހު ދެން އިސްލާމް ވީ ޢަލީގެ ފާނު ކަމުގައި ބުނެވެއެވެ. އަބޫބަކުރުގެފާނު އިސްލާމްވީ ޢަލީގެ ފާނު ގެ ކުރިން ނޫނީ ފަހުން ކަމާއި މެދު ވަނީ ޚިލާފު އުފެދިފައެވެ. ޢަލީގެފާނު އިސްލާމްވެ ވަޑައިގަތް އުމުރާ މެދު ވެސް ޚިލާފު އުފެދިފައިވެއެވެ. ގިނަ ބަޔަކު ބުނަނީ އޭރު ޢަލީގެ ފާނުގެ އުމުރަކީ 8 ކަމުގައެވެ. އަނެއްބަޔަކު 10 އަހަރު ކަމުގައި ބުނެއެވެ. އެހެން ކަމުން ޢަލީގެ ފާނަކީ އެންމެ ފުރަތަމަ އިސްލާމްވި ކުޑަކުއްޖާ ކަމުގައި ވަނީ ވެފައެވެ.

ޖިބްރީލްގެފާނު ވަޑައިގެން ކީރިތި ރަސޫލާ އަށް ހިޖުރައަށް ނިކުމެވަޑައިގަތުމަށް އެންގުވުމުން ކީރިތި ރަސޫލާ ޢަލީގެފާނު ގެންނަވައި، ކީރިތި ރަސޫލާގެ ދާންކޮޅުގައި އެރޭ އަވަހާރަ ލެއްޕެވުމަށް އެންގެވިއެވެ. އަދި މައްކާގެ ބައެއް މީހުންނާ ޙަވާލުކުރަންޖެހޭ އަމާނާތްތައް ޢަލީގެފާނާއި ހަވާލުކުރެއްވިއެވެ. އެއަށްފަހު އަބޫބަކުރުގެފާނު އާއި އެކު ކީރިތި ރަސޫލާ ހިޖުރައަށް ނިކުމެވަޑައިގެންނެވި އެވެ. ރަސޫލާ އެދި ލެއްވި ފަދައިން ޢަލީގެފާނު އެރޭ އަވަހާރަ ލެއްޕެވީ ރަސޫލާގެ ދާންކޮޅުގައެވެ. ރަސޫލާ ނިދިފުޅުން ތެދުވޭތޯ މުޝްރިކުން ހެދުނު ވަންދެން ގެކޮޅު ވަށައިގެން ތިއްބެވި އެވެ.

ބަދުރު ހަގުރާމަ އަދި އުޙުދު ހަގުރާމައިގައި ވެސް ޢަލީގފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. އުޙުދު ހަގުރާމައިގެ ދުވަހު 16 ޙަމަލާ ޢަލީގެ ފާނުގެ ހަށިކޮޅަށް އެރި ކަމުގައި ބުނެވެއެވެ. އެދުވަހު މީސްތަކުން ބިރުން ފިލަން ދުއްވައިގަތުމުން ވެސް ސާބިތުވެ ހަގުރާމައިގެ މައިދާނުގައި ދެމިހުންނެވިއެވެ. ޚަންދަޤު ހަގުރާމައިގައި ބައިވެރިވެ، ޢަމްރޫ ބިން ޢަބުދު އަވަހާރަ ކޮށްލިއެވެ. މިއީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ވެގެން ދިޔައެވެ.

ތަބޫކު ހަގުރާމައިގައި ބައިވެރި ވަޑައެއް ނުގަންނަވައެވެ. އެއީ އެދުވަހު ކީރިތި ރަސޫލާގެ އަމުރުފުޅަށް މަދީނާގެ ވެރިއަކަށް މަދީނާ ބެލެހެއްޓުމަށް އިސްމީހެއްގެ ގޮތުގައި ހުންނެވީތީއެވެ. ޚައިބަރު ހަގުރާމައިގައި ދެދުވަސްވަންދެން މުސްލިމުން ހަގުރާމަކޮށް ފަތަހަ ނުލިބުމުން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ.  މާތްﷲ އާއި ރަސޫލާ ދެކެ ލޯބިވެ ވަޑައިގަންނަވާ، އަދި މާތްﷲ އަދި ރަސޫލާ އެމީހެއް ދެކެ ލޯބިވެ ވަޑައިގަންނަވާ މީހަކަށް، މާދަމާ ތިމަންކަލޭގެ ފާނު ލަޝްކަރުގެ ދިދަ ދެއްވާހުށީމެވެ. އޭނާގެ އަތްމައްޗަށް މާތް ﷲ ފަތަޙަ ދެއްވާނެއެވެ. އެ އަށް ފަހު ޖެހިގެން އައިދުވަހު ލަޝްކަރުގެ ދިދަ ޢަލީގެ ފާނަށް ދެއްވި އެވެ.

ކީރިތި ރަސޫލާގެ އަރިއަހުން ވަރަށް ގިނަ ޙަދީޘްތައް ޢަލީގެފާނު ރިވާކުރައްވާފައިވެއެވެ. ޢަލީގެފާނުގެ އަރިއަހުން ވަރަށް ގިނަ ބޭފުޅުން ހަދީޘްތައް ރިވާކޮށްފައި ވެއެވެ. އޭގެތެރޭގައި ޙަސަންގެފާނު، ޙުސައިން ގެފާނު، އިބްނު މަސްޢޫދު، އިބްނި ޢުމަރު، އިބްނި ޢައްބާސް، އިބްނި ޒުބައިރު، ޢަބުދުﷲ ބިން ޖަޢުފަރު، އަބޫ މޫސާ އަލްއަޝްޢަރީ، އަބޫ ސަޢީދު އަލްޚުދަރީ، ޞުހައިބު، އަބޫ ރާފިޢު، ޒައިދު ބިން އަރުގަމް، ޖާބިރު ބިން ޢަބުދުﷲ,ބަރާއު ބިން ޢާޒިބު، އަބޫ އިމާމާ، ޖަރީރު ބިން ޢަބުދުﷲ ހިމެނެއެވެ.

ޢުޘްމާން ގެ ފާނު ޝަހީދުވެވަޑައިގަތުމުން މީސްތަކުންގެ ތެރެއިން ވަފުދުތައް ޢަލީގެފާނުގެ އަރިހަށް ގޮސް ޚަލީފާކަމަށް ބައިޢަތު ހިފައި، ޚަލީފާ ކަމަށް އިސްވެވަޑައިގަތުމަށް އެދުނެވެ. ނަމަވެސް ޢަލީގެފާނު ފުރަތަމަ އިދިކޮޅު ހެއްދެވި އެވެ. އަދި ވިދާޅުވިއެވެ. ތިޔަކަން ކަނޑައެޅުން ވަނީ ތިޔަބައިމީހުންގެ އަތްމަތީގައެއް ނޫނެވެ. ބަދުރުގެ އަހުލުވެރިން ކޮބައި ހެއްޔެވެ؟ ޠަލްޙަތު އަދި ޒުބައިރު ކޮބާހެއްޔެވެ؟. އެއަށް ފަހު ބަދުރުގެ އަހުލުވެރިން އައިސް ޢަލީގެ ފާނަށް ބައިޢަތު ހިއްޕެވުމުން ޚަލީފާކަމަށް އިސްވެ ވަޑައިގެންނެވި އެވެ.




#Article 144: ޢުމަރުގެފާނު (722 words)


ނަސަބުފުޅު

ފުރިހަމަ ނަންފުޅަކީ ޢުމަރު ބިން އަލްޚައްޠާބު ބިން ޢަބުދުލް ޢުއްޒާ ބިން ޤުރަޠު ބިން ރަޒާޙް ބިން ޢުދައްޔު ބިން ކަޢުބު ބިން ލުއައްޔު އަލްޤުރަޝީ އަލްޢަދަވީ އެވެ. މަންމާފުޅަކީ ޙިންތިމާ ބިންތި ހާޝިމް ބިން މުޣީރާ ބިން ޢަބުދުﷲ ބިން ޢުމަރު ބިން މަޚުޒޫމް (އަލްމަޚްޒޫމިއްޔާ) އެވެ. އާންމުކޮށް ކިޔައި އުޅޭ ނަމަކީ އަބޫ ޙަފްޞް އެވެ. ގުރައިޝުންގެ ތެރޭގައި މާތް ޝަރަފުވެރި ބޭފުޅެކެވެ. ގުރައިޝުން ހަގުރާމައެއް ކުރައްވާނަމަ ސަފީރެއްގެ ގޮތުގައި ކަނޑައަޅުއްވަނީ ޢުމަރުގެ ފާނު އެވެ. އުފަންވެވަޑައިގެންފައި ވަނީ ޢާއްމުލް ފީލު (އެތުގެ އަހަރު) ގެ 13 އަހަރު ފަހުންނެވެ. މާނައަކީ ޢުމަރުގެފާނު ކީރިތި ރަސޫލާއަށް ވުރެ ތޭރެ އަހަރު ހަނގުފުޅެވެ.

މިއީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންފައި ވެއެވެ. ޢުމަރުގފާނާއި ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ  އެކިއެކި އުއްމަތްތަކުގައި ދޫހެލޭ ވާހަކަ ދެއްކުންތެރިން ވެއެވެ. ތިމަން ކަލޭގެފާނު ގެ އުއްމަތުގައި އެފަދަ މީހަކުވާނަމަ އެއީ ޢުމަރު އެވެ.

ޢުމަރުގެފާނުގެ ހިތުގައި އިސްލާމީ ނޫރު ބިންވަޅު ނެގިގެން ދިޔައީ ކީރިތި ރަސޫލާ ސޫރަތު އަލްޙާއްޤަތު ކިޔަވާ ވިދާޅުވެވަޑައިގަތް އަޑުއައްސަވަނިކޮށެވެ. ކީރިތި ޤުރުއާނުގެ ބަސްމަގުގެ ރީތިކަމާއި މެދު އަޖާބުވެ ވަޑައިގެން، 'އެއީ ޝާއިރެއްގެ ބުނުމެކޭ، އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. އެހިނދު ކީރިތި ރަސޫލާ وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلاً مَا تُؤْمِنُونَ 
ވިދާޅުވިއެވެ. މާނައީ  އެއީ ޝާއިރެއްގެ ބަހެއް ވެސް ނޫނެވެ. ތިޔަބައިމީހުން އެއަށް އީމާނެއް ނުވަމުއެވެ. ދެން ޢުމަރުގެ ފާނު ވިދާޅުވީ އެހެންވީއިރު އެއީ ކާހިނެއްގެ ބުނުމެކެވެ އެހިނދު ކީރިތި ރަސޫލާ وَلَا بِقَوْلِ كَاهِنٍ قَلِيلاً مَا تَذَكَّرُونَ މިއާޔަތުން ފެށިގެން ގޮސް ސޫރަތު އަލްޙާއްޤަތު ނިމެންދެން ކިޔަވާ ވިދާޅުވި އެވެ. އާޔަތުގެ މާނައީ އަދި އެއީ ކާހިނެއްގެ ބަހެއް ނޫނެވެ. ތިޔަބައިމީހުންނަށް އެއިން އިބުރަތެއް ނުލިބެއެވެ.

ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުގެ ކުރިން ކީރިތި ރަސޫލާ ޤަތުލުކުރެއްވުމަށް އަޒުމު ކަނޑައަޅައިގެން ނިކުންނެވި އެވެ. އެހިނދު މަގުމަތިން ބައްދަލުވި މީހަކަށް ޢުމަރުގެ ފާނުގެ މަގުޞަދު ހާމަކުރެއްވި އެވެ. އެހިނދު އެމީހާ ޢުމަރުގެ ފާނުގެ ކޮއްކޯފުޅު ފާޠިމަތު ބިންތި އަލްޚައްޠާބު އާއި އޭނާގެ ފިރިކަލުން ސަޢީދު ބިން ޒައިދު އިސްލާމްވި ޚަބަރު ދެއްވި އެވެ. އަދި އެދެމީހުންނަށް ޚިބާބު ބިން އަލްއަރުތު ކީރިތި ގުރުއާން އުގަންނައިދެމުންދާ ވާހަކަ ދެންނެވިއެވެ. އެހިނދު ޢުމަރުގެ ފާނު ވަޑައިގަތް ފާޠިމަތުގެ ކަންކަށީގައި ޖެއްސެވުމުން މޫނުން ލޭއޮހޮރިގެން ދިޔައެވެ. އެހިނދު ވިދާޅުވި އެވެ. އޭ ޚައްޠާބު ގެ ދަރިކަލުންނޭވެ. ކަލާ ބޭނުން ކަމެއް ކުރައްވާށެވެ. އަހަރެން އިސްލާމްވެއްޖައީމެވެ. އެހިނދު ޢުމަރުގެ ފާނުގެ ހިތްޕުޅު މަޑުމޮޅިވެ، ޤުރުއާނުގެ ސޫރަތް ލިޔެވިފައި އޮތް ގަނޑު އަތުލައްވައިގެން އޭތި ކިޔަން ބޭނުންފުޅުވިއެވެ. ނަމަވެސް ޢުމަރުގެ ފާނު ހިނައި ތާހިރު ވަންދެން ފާޠިމަތު ބިންތި އަލްޚައްޠާބު، އެކަން މަނާކުރެއްވި އެވެ. ދެން ޢުމަރުގެ ފާނު ހިނައި ތާހިރުވެވަޑައިގަތުމަށް ފަހު ކީރިތި ޤުރުއާން ކިޔަވާން ފެއްޓެވިއެވެ.

ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުން މައްކާގެ މަގުތަކުގައި މުސްލިމުން އުފާކޮށް ހަރުއަޑުން ތަކުބީރު ކިޔައި ހަދައި އުޅުނެވެ. އިސްލާމްވެ ވަޑައިގަތީ ކީރިތި ރަސޫލާގެ ރަސޫލުކަމަށް ހަ ވަނައަށް ވީ އަހަރުގައެވެ. ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުމުން މުސްލިމުންގެ އަދަދު 40 ހަމަވީ އެވެ. ބައެއް ބުނުންތަކުގައި މުސްލިމު ފިރިހެނުންގެ އަދަދު 40 ހަމަވީ ކަމުގައި ވެއެވެ. އަނެއްބައި ބުނުންތަކުގައި ވަނީ މުސްލިމު އަންހެނުންނާއި ފިރިހެނުން އެކު ޖުމުލަ 40 ހަމަވީ ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުން ކަމަށެވެ.

ކީރިތި ރަސޫލާ ޢުމަރުގެ ފާނަށް ނިސްބަތްކޮށް އަލްފާރޫޤު ގެ ލަޤަބް ދެއްވިއެވެ.. މިބަހުގެ މާނަ އަކީ ވަކިކުރާ މީހާ އެވެ. މިހެން ކިޔުނީ ހައްޤާއި ބާޠިލު ޢުމަރުގެ ފާނު ވަކިކުރެއްވުމުންނެވެ. އިބްނި މަސްޢޫދު ވިދާޅުވެފައި ވެއެވެ.  ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމަކީ ފަތަޙަ އެކެވެ. އެކަލޭގެ ފާނު ހިޖުރަކުރެއްވުމަކީ ނަޞްރެކެވެ. އެކަލޭގެ ފާނު ވެރިކަމަކީ ރަޙުމަތެކެވެ. ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަންނަވަން ދެން އަހަރެމެން ވީ ގެފުޅުގައި ނަމާދުކުރުމަށް ނުކުޅެދިފައެވެ. ފަހެ އުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުން އަހަރެމެންނަށްޓަކައި މުޝްރިކުންނާ ތޮޅިވަޑައިގަތެވެ. އަދި އަހަރެމެންނަށް ގެފުޅުގައި ނަމާދުކޮށް އުޅެވުނެވެ. 

ކީރިތި ރަސޫލާ ޞަހާބީންނަށް ހިޖުރަ ކުރެއްވުމުގެ އިޒުނަ ދެއްވި ހިނދު ޢުމަރުގފާނު އެކަމަށް އަޒުމު ކަނޑައަޅައި ހެދުން ތުރުކުރެއްވި އެވެ. ކަނޑިކޮޅާއި، ތީރުތަކެއް ހިއްޕަވައިގެން ކައުބަތުﷲ ގެފުޅަށް ވަޑައިގެން ޠަވާފު ކުރައްވައި ނަމާދު ކުރެއްވި އެވެ. އޭރު ގެފުޅުގެ ހަރިންމަ ތެރޭގައި ތިބި ޤުރައިޝުންގެ މީހުންނާއި ގާތްވެލައްވައި، ކެރޭ މީހަކު ވިއްޔާ މުބާރަޒާ ކުރަން ވާދީ ފަހަތަށް އަންނަން ވިދާޅުވެ ގޮން ޖެއްސެވިއެވެ. ނަމަވެސް އެކަކަށް ވެސް ނުކެރުނެވެ. ޢުމަރުގެފާނު ހިޖުރަ ކުރެއްވީ ކީރިތި ރަސޫލާގެ ކުރިންނެވެ. ޢުމަރުގފާނު ފިޔަވައި ފުރަތަމަ ހިޖުރަކުރެއްވި ހުރިހާ މުސްލިމުން ހިޖުރަކުރެއްވީ ސިއްރިޔާތުގައެވެ. ނަމަވެސް ޢުމަރުގފާނު ހިޖުރަކުރެއްވީ ހިޖުރަކުރާކަން ޤުރައިޝުންނަށް ވެސް އަންގަވައި ފާޅުގައެވެ.

ބަދުރު ހަގުރާމަ، އުޙުދު ހަގުރާމަ، ޚަންދަޤު ހަގުރާމަ، އަދި ބައިޢަތު އައްރިޟުވާން ގައި ޢުމަރުގެ ފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. ކީރިތި ރަސޫލާއާއި ކުރިމަތި ވަޑައިގެންނެވި ހުރިހާ ކުރިމަތިލުންތަކެއްގައި ޢުމަރުގެފާނު އަރިހުގައި ބައިވެރިވެ، ވަޑައިގެންނެވި އެވެ. ބަދުރު ހަގުރާމައިގެ ދުވަހު އަސީރުން ޤަތުލުކުރަންވަން މަޝްވަރާ ދެއްވީ ޢުމަރުގެފާނުއެވެ.

މުޣީރާ ބިން ޝުޢުބާގެ އަރިހުގައި އަބޫލުއުލުލުއޭ ކިޔޭ މަޖޫސީ ކުއްޖަކު ގެންގުޅުނެވެ. އެއްދުވަހަކު ޢުމަރުގެފާނު އާއި އަބޫލުއުލުލު އާއި ބާޒާރުގެ ތެރެއިން ބައްދަލުވެ، އަބޫލުއުލުލު ޢުމަރުގެފާނުގެ ކިބައިން އޭނާގެ މުސާރައަށް އެއްޗެއް އިތުރުކޮށްދެއްވުމަށް މުޣީރާ އަށް ދެންނެވުމަށް އެދުނެވެ. އެހިނދު ޢުމަރުގެ ފާނު އަބޫލުއުލުލު ކުރެން ސުވާލު ކުރެއްވި އެވެ. ކަލޭގެ މުސާރައަކީ ކިހާވަރެއް؟ ފައިރޫޒު ބުންޏެވެ އެންމެ ދީނާރެކެވެ. އެހިނދު ޢުމަރުގެ ފާނު އަބޫލުއުލުލުގެ ކިބައިން އުޑި އެއް ހެދުމަށް އެދިލެއްވި އެވެ. އަދި އަބޫލުއުލުލު އެކަމާއި އެއްބަސްވި، އުޅަނގާއި އިރުމަތީގައި ވެސް އޭގެ ވާހަކަ ދެކެވޭހާ މޮޅު އުޑިއެއް ހަދާނެ ކަމުގައި ބުންޏެވެ.

ޢުމަރުގެފާނު ފަތިސް ނަމާދަށް ނިކުމެވަޑައިގެން ސަފުތައް ތަރުތީބު ކުރައްވައި ތަކުބީރު ވިދާޅުވާން ފެއްޓެވިއެވެ. އެހިނދު ފައިރޫޒު އައިސް ޢުމަރުގެ ފާނު ގެ ހަށިކޮޅަށް ތިން ފަހަރު ހަންޖަރު ހަރައިލިއެވެ. ޢުމަރުގެފާނުގެ ހަށިކޮޅަށް ހަމަލާ ދެއްވީ ކާކުކަން އެގުނު ހިނދު ވިދާޅުވި އެވެ. މުސްލިމު ނޫންމީހެއްގެ އަތް މައްޗަށް އަހަރެން ޤަތުލުވި ކަންމައްޗަށް ﷲ އަށް ޝުކުރު ކުރަމެވެ.

އެއަށްފަހު ޢުމަރުގެފާނު ދަރިކަލުން އަބުދުﷲ ގެ ކިބައިން، ދަރަނިތައް އަދާކުރެއްވުމަށް އެދިވަޑައިގަތެވެ. އެއަށްފަހު ޚަލީފާއަކަށް އިސްވުމަށް ހޮވުމަށް 6 ބޭފުޅަކު ކަނޑައެޅުއްވި އެވެ. އަދި އެއިން މީހަކަށް ޢުމަރުގެފާނުގެ ދަރިކަލުން އަބުދުﷲ ވުމަށް އިންކާރު ކުރެއްވި އެވެ. މިގޮތުން ކަނޑައެޅުއްވި 6 ބޭފުޅުންނަކީ ޢުޘްމާން ބިން ޢައްފާން، ޢަލީ ބިން އަބޫ ޠާލިބު، ޢަބުދުއް ރަޙުމާން ބިން ޢައުފު، ޒުބައިރު ބިން ޢައްވާމް، ޠަލްޙާ، އަދި ސަޢުދު ބިން އަބީ ވައްޤާޞް އެވެ.

އެއަށްފަހު ހަކީމަކު ގެންނެވިއެވެ. ހަކީމްވެރިޔާ ބުއިމެއް ޢުމަރުގެ ފާނަށް ދެއްވި އެވެ. ދެވަނަ ފަހަރު ބުއިން ދެއްވި ތަނާހެން ޢުމަރުގެ ފާނު އަވަހާރަވިއެވެ. ޢުމަރުގެފާނު ފަސްދާނު ލެވިފައިވަނީ ހިޖުރައިން 23 ވަނަ އަހަރުގެ މުޙައްރަމުގެ ތެރޭގައެވެ. އޭރު އުމުރުފުޅަކީ 63 އަހަރެވެ. ޚަލީފާކަމުގައި 10 އަހަރާއި ދެތިން މަސް ހޭދަކުރައްވާފައެވެ.




#Article 145: މުސްލިމް ނަބީން (496 words)


މުސްލިމް ނަބީން ނަކީ ނަބީ ބޭކަލުންގެ ގޮތުގައި މުސްލިމުން ޤަބޫލުކުރާ އިންސާނުންނެވެ. އިސްލާމީ ޢަޤީދާގައިވާ ގޮތުގެ މަތީން ﷲ ކޮންމެ ޤައުމަކަށް ނަބީން ފޮނުއްވިއެވެ.  

މާތް ރަސޫލުބޭކަލުންނަކީ އިންސާނުންގެ ތެރެއިން އެބޭބޭކަލުންގެ މައްޗަށް ވަޙީ ބާވައިލެއްވި އަދި އެވަޙީ ބަސްފުޅުތައް މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް އަމްރުކުރެއްވިގެންވާ ބޭކަލުންނެވެ.

އެންމެ ފުރަތަމަ ރަސޫލަކީ ނޫޙު ގެފާނެވެ. އަދި، އެބޭކަލުންގެ ތެރެއިން އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދު ގެފާނެވެ. 

اللهُ ވަޙީކުރެއްވިއެވެ.﴿إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّ‍ۧنَ مِنۢ بَعۡدِهِۦۚ﴾ سُورَةُ المَائ‍ِدَةِ: 48މާނައީ: ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ ވަޙީ އިއްވެވި ފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް ވަޙީ އިއްވެވީމެވެ.އަދި މުޙައްމަދު ﷺ އާއި ބެހޭގޮތުން الله تعالى ވަޙީކުރެއްވިއެވެ.﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّ‍ۧنَۗ﴾ سُوْرَةُ النِّسَاءِ:163މާނައީ: ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކުކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللهُ ގެ ރަސޫލާއެވެ. އަދި، ނަބީކަން ޚަތުމުކުރެއްވި ކަލޭގެފާނުވެސްމެއެވެ.ރަސޫލުބޭކަލުންނަކީ ހެއްދެވިފައިވާ އިންސާނުންނެވެ. އެ ބޭފުޅުންނަށް ރުބޫބިއްޔަތުންނާއި އަދި އުލޫހިއްޔަތުން އެއްވެސް މިންވަރެއް ލިބިގެން ނުވެއެވެ.

މުޙައްމަދުގެފާނަކީ ހުރިހައި ރަސޫލުބޭކަލުންގެ ސާހިބެވެ. އަދި اللهُ ގެ ޙަޟްރަތުގައި ޖާހުގެ ގޮތުން އެންމެ މަތިވެރި ސާހިބާއެވެ. އެކަލޭގެފާނާ ބެހޭގޮތުން اللهُ ވަޙީކުރެއްވިއެވެ.﴿قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚإِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ﴾މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! اللهُ تَعَالَىٰ އިރާދަކުރެއްވި ކަމެއް މެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކުވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.”ހަމަކަށަވަރުން އެންމެ މަތިވެރި މަޤާމުތަކުގައި اللهُ އެބޭކަލުން ޞިފަކުރައްވާފައި ވަނީ، އެކަލާނގެ އަޅުންގެ ގޮތުގައެވެ. އަދި އެބޭކަލުންނަށް ޘަނާއާއި ތަޢްރީފު ކުރެއްވުމުގެގޮތުން اللهُ ވަޙީކުރެއްވި ބަސްފުޅުތަކުގައި ވެއެވެ.

ފަހެ، ނޫޙުގެފާނާ ބެހޭގޮތުން اللهُ ވަޙީކުރެއްވިއެވެ.﴿إِنَّهُۥ كَانَ عَبۡدٗا شَكُورٗا﴾ މާނައީ:“ހަމަކަށަވަރުން، ޝުކްރުވެރިވާ އަޅަކުކަމުގައި އެކަލޭގެފާނު ވިއެވެ.”އަދި މުޙައްމަދު ﷺ އާ ބެހޭގޮތުން اللهُ تَعَالَىٰ ވަޙީކުރެއްވިއެވެ.﴿تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا﴾މާނައީ: “ޢާލަމްތަކަށް އިންޛާރުކުރައްވާ ބޭކަލަކު ކަމުގައި ވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.

ފުރަތަމަ: ހަމަކަށަވަރުން އެބޭކަލުންގެ ރިސާލަތަކީ اللهُ ގެ ޙަޟްރަތުން އައިސްފައިވާ ޙައްޤުކަމުގައި އީމާންވުމެވެ. ފަހެ، އެބޭކަލުންގެ ރިސާލަތުން އެންމެ ރިސާލަތަކަށްވެސް ކާފަރުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން ހުރިހާ ރިސާލަތުތަކަށް އެމީހަކު ކާފަރުވީއެވެ. اللهُ ވަޙީކުރެއްވި ފަދައިންނެވެ.﴿كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ﴾ މާނައީ:ނޫޙުގެފާނުގެ ޤަޥްމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ.[سُوْرَةُ الشُّعَرَاءِ:105].ދެވަނަ: އެބޭކަލުންގެ ތެރެއިން އަހަރުމެންނަށް އެބޭކަލެއްގެ ނަން އެނގޭ ބޭކަލުންނަށް އީމާންވުމެވެ. މިސާލަކަށް: މުޙައްމަދު، އިބްރާހީމް، މޫސާ، ޢީސާ، އަދި ނޫޙު -عَلَيْهِمُ الصَّلَاةُ وَالسَّلَامُ- ފަދަ ބޭކަލުންނެވެ. އަދި މިހުރިހާ ބޭކަލުންނަކީ، ރަސޫލުބޭކަލުންގެތެރެއިންވާ އުލުލްޢަޒްމިގެ ފަސްބޭކަލުންނެވެ.

اللهُ تَعَالَىٰ ވަޙީކުރެއްވިއެވެ.﴿وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا﴾މާނައީ: ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ ޢަހްދު، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.އަދި ދަންނާށެވެ! އެބޭކަލެއްގެ ނަން އަހަރުމެންނަށް ނޭނގޭ ބޭކަލުންނަށް ވެސް ޖުމްލަކޮށް އީމާން ވާން ޖެހޭނެއެވެ. اللهُ ވަޙީކުރެއްވިއެވެ.﴿وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ﴾މާނައީ: ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އެ ރަސޫލުންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ ރަސޫލުން، އޭގެތެރެއިން ވެއެވެ. އަދި އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައި ނުވާ ރަސޫލުންވެސް އޭގެތެރެއިންވެއެވެ.ތިންވަނަ: އެބޭކަލުން ގެނެސްދެއްވި އެންމެހައި ޚަބަރުތަކެއް ތެދުކުރުމެވެ.

ހަތަރުވަނަ: އެ ބޭކަލުންގެ ތެރެއިން އަހަރުމެންގެ ގާތަށް ފޮނުއްވި ރަސޫލާ ގެނެސްދެއްވި ޝަރީޢަތަށް ޢަމަލުކުރުމެވެ. އެއީ ރަސޫލުކަން ޚަތުމްކުރެއްވި އަދި އެންމެހާ މީސްތަކުންގެ ގާތަށް ފޮނުއްވުނު ރަސޫލާ މުޙައްމަދު ﷺ އެވެ. اللهُ ވަޙީކުރެއްވިއެވެ.﴿فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا﴾މާނައީ: އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކްމުވެރިކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.




#Article 146: ކީރިތި ޤުރުއާން (264 words)


ޤުރުއާނަކީ އިސްލާމީ ދުސްތޫރެވެ. މުސްލިމުން ގާތުގައި އެންމެ ޤަދަރު ދެވިގެންވާ ފޮތެވެ.

އަލްޢައްލާމާ ނާޞިރް އައްސިޢުދީ ވިދާޅުވިއެވެ.އަހަރެމެން ބުނަނީ، ޤުރުއާނަކީ، ﷲ ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. އެއީ މަޚްލޫޤެއް ނޫނެވެ. ޤުރުއާން އައީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ. ޤުރްއާނުގެ ލަފްޡުތަކާއި އޭގެ މާނަޔާއެކު އެބަސްފުޅުތަކުން ޙައްޤުގޮތުގައި ބަސްވަޙީކުރެއްވީ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންފި ހިނދަކު އެދިވޮޑިގަތް ބަސްފުޅުތަކުން ބަސްވަޙީކުރެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވެއެވެ. އަދި ވާނޭމެއެވެ. އަދި އެކަލާނގެ ބަސްފުޅުތަކަކީ އެ ހުސްވުމެއް ނުވާ އެއަށް ނިމުމެއް ނުވާ ބަސްފުޅުތަކެކެވެ.

(ޤުރުއާނުން ނެގޭ ދަލީލު ޙުއްޖަތަކަށް ނުވަތަ ދަލީލަކަށް ވާގޮތް)
ޖިބުރީލު ގެފާނު މެދުވެރިކުރައްވައި އެ ޤުރުއާނު ބާވައިލެއްވީ ޢަރަބި ބަހުންނެވެ.
އަދި މިފަދަ ޤުރުއާނެއް ގެނައުމަށް ވަނީ، ޢަރަބީންނަށް ގޮންޖައްސަވާފައެވެ. އެމީހުންނަކީ ބަޔާނާއި ބަލާޣަތާއި ފަޞާޙަތުގެ އަހުލުވެރީން ކަމުގައިވާ ޙާލުވެސް އެމީހުންވަނީ މިކަމަށް ނުކުޅޭދޭކަން ހާމަ ވެފައެވެ. ހަމަ އެއާއެކު މުޅި އިންސާނީ އުއްމަތަށާއި ޖިންނީންނަށް ވެސް ވަނީ ގޮންޖައްސަވާފައެވެ. އަދި މިއަދާއި ހަމަޔަށްވެސް (15 ޤަރުނު ވީއިރުވެސް) އެ ކަން އޮތީ ހަމަ އެހެނެވެ. މިހެން ކަމުން މިއީ ޤުރުއާނަކީ ދަލީލެއް ކަމުގެ ހުއްޖަތެކެވެ.

ކީރިތި ޤުރުއާނުގައި، ޙުކުމްތަކާ ގުޅޭ ބައެއް އާޔަތްތައް (ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތްތަކާއި  ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދީފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާ ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކު މެރުން ޙަރާމުކުރެއްވި އާޔަތްތައް ފަދަ އާޔަތްތައް) އައިސްފައި ވަނީ އެއިން އިތުރު މާނައެއް ނުނެގޭ ފަދަ ޤަޠްޢީ (ކަނޑައެޅިގެން ބަޔާންވާ) ގޮތެއްގައެވެ.

ނަމަވެސް ޤުރުއާނުގެ ޙުކުމްތަކާ ގުޅޭ، ގިނަ އާޔަތްތަކުގައިވާ ޙުކުމްތަކަކީ އޭގެ މުރާދު ކަނޑައެޅިގެން ދޭހަނުވާ ޙުކުމްތަކެވެ. ނުވަތަ އެއްމާނަޔަށްވުރެ ގިނަ މާނަ ދޭހަވާ ޙުކުމްތަކެވެ. މުޖުތަހިދުން ބަޙުޘު ކޮށް ހޯދައިގެން ވަކި ގޮތެއް ނެރެންޖެހޭ ޙުކުމްތަކެވެ. މިސާލަކަށް ވުޟޫކުރާއިރު ބޮލުގައި ފެންފުހެންޖެހޭ ވަރު ކަނޑައެޅުމެވެ. އަދި އަންހެނާގެ ޢިއްދައްކީ ކޮބައިކަން ބަޔާންކުރުމެވެ.

ފުރަތަމަ ދެންނެވުނު ޤަޠްޢީ ހުކުމްތަކަކީ ކޮންމެ އިންސާނެއްގެ މައްޗަށް ކަނޑައެޅިގެން ވާޖިބު، އެއަށް ތަބާވާން ޖެހޭ، އަދި އެއާއި ދެކޮޅު ހަދައިފިނަމަ މިއްލަތުން ބޭރުވާނެ ޙުކުމްތަކެވެ. ނަމަވެސް މިއާޚިލާފަށް ދެވަނަ  ވައްތަރުކަމުގައި ވާ، ޡަންނީ ޙުކުމްތަކަކީ އޭގައި ދަންނަބޭކަލުންގެ ވިސްނުންފުޅު ތަފާތުވެފައިވާ ޙުކުމްތަކެވެ. އަދި ވަކިމީހެއްގެ ވިސްނުން އަނެކާއާއި ތަފާތުވުމަކީ އަނެކާގެ ޚިޔާލު ދޮގުކޮށް ބާޠިލްކުރެވޭނެ ކަމެއްނޫނެވެ. އެއްވެސްމީހަކަށް އަނެކެއްގެ ވިސްނުމަކީ ގޯސް ބާޠީލު ވިސްނުމެކޭ ނުބުނެވޭނެއެވެ. އެއީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ވިސްނުންފުޅު ބިނާކުރައްވަނީ ޝަރުޢީ ދަލީލު ތަކުގެ އަލީގައި ކަމަށްވާތީއެވެ.




#Article 147: ޙަދީޘް (679 words)


ޙަދީޘަކީ މުޙައްމަދުގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އިތުރު އެކަލޭގެފާނު އިޤުރާރުވެވަޑައިގަންނަވާފައި ވާ ކަންކަމާއި (އެބަހީ: އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ބޭފުޅެއް އެކަލޭގެފާނުގެ ޙާޒިރުގައި ނުވަތަ ޣައިރު ޙާޒިރުގައި ކުރައްވާފައިވާ ކަންތަކާއި، އަދި އެކަލޭގެފާނަށް އެ ކަމުގެ ޚަބަރު ލިބިވަޑައިގެންފައި ވާ ކަންކަމުގެ ތެރެއިން އެ ކަމަކަށް އިންކާރު ނުކުރައްވާ ކަންކަމެވެ.) އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ އަޚްލާޤީ ސިފަފުޅުތަކާއި ޒާތީ ސިފަފުޅުތައް ވެސް ޙަދީޘް ޢިލްމުވެރީން ހިމަނުއްވައެވެ.

ހަދީޘް އަހަރެމެންނާ ހަމައަށް ފޯރުމުގެ ގޮތުން ދެ ބަޔަކަށް ބެހިގެންވެއެވެ. 

المتواتر މިލަފުޒު ނެގިފައިވަނީ التّواتر އިންނެވެ. މާނައަކީ އެކަތި އަނެކައްޗާއި ގުޅިގެންދާގޮތަށް، ފަސްފަހަތުން އައުމެވެ. 
ޙަދީޘު އިލްމުވެރިންގެ އަރިހުގައި، المتواتر ގެ މާނައަކީ އާދަކާދައިގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާހާ ގިނަ އަދަދެއްގެ ރާވީން ރިވާކުރުމެވެ.

ބަހުގެ ގޮތުން ”މުތަވާތިރު“ އަކީ ”ތަވާތަރަ“ މި ކަލިމައިގެ އިސްމު ފާޢިލެއެވެ. އޭގެ މާނައަކީ ތަތާބަޢައެވެ. އެބަހީ: އެކަތި އަނެކައްޗާއި ގުޅިގެން ފަސްފަހަތުން އައުމެވެ. ޙަދީޘް ޢިލްމުވެރިންގެ އިސްޠިލާޙުގައި މުތަވާތިރު ހަދީޘް އަކީ ގިނަ ޢަދަދެއްގެ ރާވީން އާދަކާދައިގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލުވާގޮތަށް ރިވާކުރައްވާފައިވާ ޙަދީޘެވެ.
 

އެއީ އޭގެ ލަފުޒާއި މާނަވެސް މުތަވާތިރު ވުމެވެ. 
މިސާލު من كذب علىّ متعمداً فاليتبوأ مقعده من النار މާނައަކީ ތިމަންކަލޭގަފާނުގެ މައްޗަށް ގަސްތުގައި ދޮގެއް ހަދައިފި މީހާ ފަހެ އެމީހާގެ ޖާގަ ނަރަކައިން ލިބިގަންނަ ހުއްޓެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ އަރިހުން 70 އަށް ވުރެ ގިނަ ޞަހާބީން މި ޙަދީޘް ހަމަ މި ލަފުޡުން ރިވާ ކުރައްވާފައި ވެއެވެ. 

އެއީ ހަމައެކަނި މާނަ އެއްގޮތް ޙަދީޘުތަކެވެ. އެއީ ލަފުޒު ފިޔަވައި ޙަދީޘެއްގެ މާނަ މުތަވާތިރު ވުމެވެ. މިސާލަކަށް: ދުޢާ ކުރުމުގައި ދެއަތް އުފުލުމާއި ބެހޭ ޙަދިޘުތަކެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމުގެ އަރިހުން ގާތްގަނޑަކަށް އެފަދަ 100 (ސަތޭކަ) ޙަދީޘު ރިވާވެފައިވެއެވެ. އެއިން ކޮންމެ ޙަދީޘެއްގައި އެކަލޭގެފާނު ދުޢާކުރައްވާއިރު ދެއްތަޕުޅު އުފުއްލަވާކަމަށް އައިސްފައި ވެއެވެ. އެހެންނަމަވެސް އެއީ ތަފާތު މަޤާމުތަކުގައެވެ. މިއިން ކޮންމެ ޙަދީޘެއް ވަކިން ބަލާއިރު އެއިން ކޮންމެ ޙަދީޘަކީ މުތަވާތިރު ޙަދީޘެއް ނޫނެވެ. އެހެންނަމަވެސް އެތަފާތު މައްސަލަތަކުން ނެގޭ އެއްގޮތް ޙުކުމް (ދުޢާކުރާ އިރު ދެއަތް އުފުލުން) އެއީ ތަވާތުރުގެ ދަރަޖައިގައިވާ ޙުކުމެކެވެ.

މުތަވާތިރު ޙަދީޘަކީ މީހަކަށް ކަމެއްފެނިގެން، އެ ފެނުނު ކަންތައް އޭނާގެ އަމިއްލަ ނަފުސަށް ޤަބޫލުކުރެވޭ ކަމެކޭ އެއްފަދައިން ޔަޤީންކަމާ އެކު ޤަބޫލުކުރަންޖެހޭ ޙަދީޘެވެ.

الآحاد އަކީ أحد ގެ ގިނަގޮތެވެ. މާނައަކީ އެކެކެވެ. ޙަދީޘު ޢިލްމުގައި آحاد އަކީ މުތަވާތިރު ޙަދީޘުގެ ޝަރުޠުތައް ފުރިހަމަ ނުވާ ކޮންމެ ޙަދީޘެކެވެ. 

އާޙާދު ޙަދީޘުން ލިއްބައިދެނީ ނަޡަރީ ޢިލްމެވެ. އެއީ ތަހުގީގުކޮށް ބެލުމާއި ދަލީލުތަކުގެ މައްޗަށް ހުއްޓިފައިވާ ޢިލްމެވެ. މިގޮތުން ތަހުގީގުކޮށް ބަލާހޯދުމަށްފަހު އެ ޙަދީޘަކީ މަޤުބޫލު ޙަދީޘެއްކަން ސާބިތުވެއްޖެނަމަ އެ ޙަދީޘަކަށް ޢަމަލުކުރުން ވާޖިބުވާނެއެވެ. 

އާޙާދު ޙަދީޘް އައިސްފައިވާ ގޮތްތަކާއި ރާވީންގެ ޢަދަދުގެ ގޮތުން ބަލާއިރު އާޙާދު ޙަދީޘު ތިންބަޔަކަށް ބެހެއެވެ. އެއީ؛ 

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘަކީ ޙުއްޖަތެކެވެ. އަދި އެ ދެ ވައްތަރު ޙަދީޘް ޢަޤީދާގެ މައްސަލަތަކުގައްޔާއި އަޙްކާމުގެ މައްސަލަތަކުގައި ފަރަޤު ނުކުރައްވައެވެ. ނަމަވެސް ބައެއް ފިރުޤާތަކުގެ މީހުން އާޙާދު ޙަދީޘްތައް ރައްދުކުރެއެވެ. ނުވަތަ ޢަޤީދާގެ މަސްއަލަތަކުގައި މިފަދަ ޙަދީޘްތައް ނުނަގައި ފިޤުހުގައި މިހަދީޘްތައް ނަގައެވެ. މިފަދަ ފިރުޤާތަކުގެ މީހުންގެ މިމަގުއޮޅުމުގެ ސަބަބުން ދީނުގެ މުހިއްމު މަސްއަލަތަކާގުޅޭ ވަރަށް ގިނަ ޙަދީޘްތައް ޤަބޫލުނުކޮށް ރައްދުކުރެއެވެ. ނަތީޖާއަކަށްވީ ދީނުގެ ތެރެއަށް އަމިއްލަ ގޮތްތައް ވަދެ މަގުއޮޅިގެން ދިޔުމެވެ.

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން މުތަވާތިރުކޮށް ނުވަތަ އާޙާދުކޮށްނަމަވެސް ޞައްޙަ ޙަދީޘެއް ނަމަ އެއީ އެބައިމީހުންގެ އަރިހުގައި ޙުއްޖަތެކެވެ. އަދި ޢަޤީދާގެ މައްސަލަތަކުގައިވެސް އަދި ފިޤުހީ މަސްއަލަތަކުގައިވެސް އެއީ ޙުއްޖަތެކެވެ.

ޤުރުއާނާއި ސުންނަތުންނާއި ޞަޙާބީންގެ ޢަމަލުފުޅުތަކުންނާއި ޢިލްމުވެރިންގެ އިޖުމާޢުން ދަލީލު ލިބޭގޮތުގައި އާޙާދު ޚަބަރު ޤަބޫލުކުރުމާއި އެއަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ.

ޤުރުއާނުގެ ދަލީލުތައް:

މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުއުމިނުންނަށް ދީން އުނގެނުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ އަހައްމިއްޔަތުކަން ބަޔާންކުރައްވާފައެވެ. ޢަރަބިބަހުގައި طَائِفَةٌ އެކަކުން ފެށިގެންގޮސް އެއަށްވުރެ ގިނަމީހުންނަށް ބޭނުންކޮށް އުޅެއެވެ. އިމާމް އަލްބުޚާރީ ވިދާޅުވެފައިވެއެވެ. “ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ((وَإِنْ طَائِفَتَانِ مِنْ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا)) މިއާޔަތުގައި طَائِفَةٌ އެންމެ މީހަކަށްވެސް ނިސްބަތްކުރައްވާފައެވެ.” (އާޔަތުގެ މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ!” الحجرات: 9)

އެހެންކަމުން، މަތީގައިވާ އާޔަތުން ދޭހަކޮށްދެނީ އެކަކު އައިސް ޤައުމަށް އިންޒާރުދިނަސް، އެމީހާގެ ބަސްއަހައި ޢަމަލުކުރަންޖެހޭނެކަމެވެ.

މިއާޔަތުން އެނގޭގޮތުގައި ޢަދުލުވެރިއަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އެ ޚަބަރު ޤަބޫލުކުރަން އަންގަވާފައި އެވަނީއެވެ. އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިކަމުން ދަލީލުކުރަނީ (ޢަދުލުވެރި) އެކަކުގެ ޚަބަރު ކަނޑައެޅިގެން ޤަބޫލުކުރަންޖެހޭނެކަމެވެ. އަދި އެމީހާގެ އެވާހަކައިގެ ދޮގުތެދު ބަލަންނުޖެހޭނެކަމެވެ…”

ސުންނަތުގެ ދަލީލުތައް:     

މިޙަދީޘަކީ ޢަޤީދާއާއި އަޙްކާމް ޝާމިލުވެގެންވާ ޙަދީޘެކެވެ.

ޞަޙާބީ ބޭކަލުންގެ ޢަމަލުފުޅުތައް:

ޞަޙާބީބޭކަލުންގެ ޢަމަލުފުޅުތަކަށް ބަލާލައިފިކަމުގައި ވާނަމަ، އެތައް ޙާދިޘާތަކަކުން ދަލީލު ލިބެނީ އެބޭކަލުން އެންމެ ބޭކަލެއްގެ ބަސްފުޅަށް ޢަމަލުކުރައްވާފައިވާތަނެވެ. މިގޮތުން، ޢަބްދުﷲ ބުން ޢުމަރުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. މީސްތަކުން ޤުބާގައި ފަތިސްނަމާދުކުރަނިކޮށް، އައިމީހަކު އައިސް ޤިބުލަ ކަޢުބަތުﷲ ގެފުޅަށް ބަދަލުކުރެވުނުވާހަކަ ބުނުމާއެކު، ކަޢުބަތުﷲ ގެފުޅަށް ކުރިމަތިލިޔެވެ. އެހިނދު މީސްތަކުން ތިބީ ޝާމްކަރައަށް ކުރިމަތިލައިގެންނެވެ.

ހަމައެފަދައިން، ވާރުތަމުދަލުން މާމައަށް ލިބެންޖެހޭ މިންވަރުގައި މުޣީރަތު ބުން ޝުޢުބާއާއި މުޙައްމަދު ބުން މަސްލަމާ ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅަށް އަބޫބަކުރުގެފާނު ޢަމަލުކުރެއްވިއެވެ. އަދި މަޖޫސީންއަތުން ޖިޒުޔަނެގުމުގައި ޢަބްދުއްރަޙްމާން ބުން ޢައުފް ރަޟިޔަﷲ ޢަންހުގެ ބަސްފުޅަށް ޢުމަރުގެފާނު ޢަމަލުފުޅުކުރެއްވިއެވެ.

ޢިލްމުވެރިންގެ އިޖުމާޢު:

ޢަދުލުވެރި އެކެއްގެ ޚަބަރަށް ޢަމަލުކުރުމާމެދު ޞަޙާބީން އިޖުމާޢުވެވޑައިގެންފައިވާކަމަށް އަލްޤާޟީ އަބޫ ޔަޢުލާ ނަޤުލުކުރައްވާފައިވެއެވެ.

އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ޢަދުލުވެރި) އެކެއްގެ ޚަބަރުގެ ތެދުދޮގު ބެލުމާމެދު އިޚްތިލާފުވެފައިވާކަމެއް މުސްލިމުންގެ ފިޤުހުވެރިންގެ އަރިހުން އައިސްފައެއްނުވެއެވެ.”

އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތިމަންނައަށް އެނގިފައިވާގޮތުން، ހުރިހާ ކަންކޮޅެއްގައިވާ ފިޤުހާއި އަޘަރުގެ އަހުލުވެރިން އިޖުމާޢުވެވަޑައިގެންފައި ވާގޮތުގައި ޢަދުލުވެރި އެކެއްގެ ޚަބަރު ޤަބޫލުވެވިގެންވެއެވެ. އަދި އެ ޚަބަރަށް ޢަމަލުކުރުމަކީ ވާޖިބެކެވެ.”

މި ދަލީލުތަކަށް ބިނާކޮށް، ޢަޤީދާގެ މައްސަލަތަކުގައި އާޙާދު ޙަދީޘް ޤަބޫލުނުކުރެވޭނެޔޭ ބުނުމަކީ އަލަށް އުފައްދަފައިވާ ބިދުޢަ ބަހެކެވެ. ދީނުގައި އެ ބަހަށް އެއްވެސް އަޞްލެއް ނުވެއެވެ. ސަލަފުއްޞާލިޙުންގެ ތެރެއިން އެއްވެސް ބޭކަލަކު އެފަދައިން ވިދާޅުވެފައެއް ނުވެއެވެ. އަދި އެއިގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން އެފަދަ ބަސްފުޅެއް ނަޤުލުވެގެންވެސް ނުވެއެވެ.

ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ. ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ.




#Article 148: ފިޤްހު (149 words)


ފިޤްހަކީ އިސްލާމީ ޝަރީޢަތް އޭގެ މައްޗަށް ބިނާވެގެންވާ ޢިލްމެވެ. ބަހުގައި ފިޤުހުގެ މާނައަކީ  ދޭހަވުން ނުވަތަ އެނގުމެވެ. 
އިސްޠީލާޙީ މާނަ؛ އެއީ ޢަމަލީ ކަމަކަށް، ތަފުޞީލީ ދަލީލަކުން ނުވަތަ ދަލީލު ތަކަކުން އިސްތިންބާޠުކުރެވިގެން ނެރެވޭ  ޝަރުޢީ ޙުކުމްތައް ދަސްކޮށްދޭ ޢިލްމެވެ.

މާނައިގެ ޝަރަޙަ:

ޢަމަލީ ކަމަކަށް؛ ލޮލަށްފެންނަ ނުވަތަ ދިރިއުޅުމުގައި ކުރާ ކަންތައްތައް (އަޅުކަމުގެ ގޮތުންނާއި މުޢާމަލާތުގެ ގޮތުން ކުރެވޭ ކަންތައް)

ތަފުޞީލީ ދަލީލުތަކުން؛ އިސްލާމުދީނުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ޙުކުމްތައް،( އިންސާނީ ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް އިސްލާމުދީނުގައި ވަނީ ހުކުމް ކަނޑައަޅުއްވާފައެވެ. އެއްކަމެއްވެސް ދޫކޮއް ލައްވާފައެއް ނުވެއެވެ.)

އިސްޠިންބާތުކުރުން؛ ކަމެއްގައި އޮންނަ ޝަރުޢީޙުކުމް ދެނެގަންނާނެ ހަމަތަކުގެ މަތިން އެއަށް ވާޞިލުވުމެވެ.

މިސާލަކަށް މިވެނިކަމެއް ކުރާށޭ އޮތުމުން އޭގެ ޙަގީގީ ޙުކުމަކީ ވާޖިބުތޯ؟ ނުވަތަ ސުންނަތްތޯ؟ ނުވަތަ ހުއްދަތޯ؟ ނުވަތަ ނަޞީޙަތެއްތޯ؟ ކަނޑައެޅުމެވެ. އަދި މިވެނި ކަމެއް ނުކުރާށޭ  އޮތުމުން އެއީ ޙަރާމް ކަމެއްތޯ؟ ނުވަތަ  މަކުރޫހަ ކަމެއްތޯ؟ މިގޮތަށް ކަނޑައެޅުމެވެ.

ޝަރުޢި ހުކުމުތަށް؛ އެއީ ކީރިތި ޤުރުއާނުންނާއި މާތް ރަސޫލާ(ޞ)ގެ ސުންނަތުން ނެގޭ ޙުކުމްތަކެވެ.

ފިޤުހާއި ޝަރީޢަތާއި ހުރި ގުޅުން
ޝަރީޢަތަކީ މާތްﷲގެ ވަޙީއެވެ. އެއީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ (ޞ)ގެ ސުންނަތެވެ. އެދެ މަޞްދަރުން ނެގޭ ޙުކުމްތަކެވެ. ފިޤުހަކީ  މިދެމަސްދަރުން ފިޤުހުޢިލްމުވެރިން އިސްތިންބާޠު ކުރައްވައިގެން ނެރޭ ޙުކުމަތަކެވެ.

ފިޤުހުގެ ޚާއްޞަ ކަންތައްތައް:
ތަފާތު ފަހުމުތަކަށް އިޙުތިރާމުކުރުމާއި 
ބައެއްޙުކުމްތައް، ތަފާތު ޙާލަތުގައި ތަފާތު ގޮތްގޮތަށް ބަދަލުވުމާއި
މަޤުޞަދަށް ބެލުން ހިމެނެއެވެ. 




#Article 149: ޝީޢީ މަޛްހަބު (769 words)


ޝީޢީ މަޛްހަބުގައި އަލްއިމާމިއްޔާ - އަލް އިޘްނާ ޢަޝަރިއްޔާގެ ގޮތުގައި ފާހަނގަ ކުރެވިފައިވަނީ ކީރިތި ރަސޫލާ އަށްފަހު ޚަލީފާކަން ހައްޤުވެގެންވަނީ ޢަލީގެފާނަށް ކަމަށާއި އަބޫބަކުރުގެފާނާއި، ޢުމަރުގެފާނު އަދި އުޘްމާންގެފާނު ޚަލީފާކަމަށް އިސްކުރެވިފައިވަނީ ނުހައްޤުންކަން ޤަބޫލުކުރާ އަޤީދާއެއްގައި ހިފަހައްޓައިގެން ތިބި އިސްލާމްދީނަށް ނިސްބަތް ކުރެވޭ ޖަމާއަތެކެވެ. މިއީ أهل السنة والجماعة އަށްފަހު އެންމެ ބޮޑު ޖަމާޢަތެވެ. މިބައިމީހުންނަށް އމާމިއްޔާއިންނޭ ކިޔެނީ އިސްލާމީ އުއްމަތުގެ އިމާމަތު ނުވަތަ ވެރިކަން އެމީހުންނަށް ޚާއްޞަކުރާތީއެވެ. އަދި އެއީ އާލުބައިތުންގެ 12 އިމާމުންގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއްކަމަށް ބުނާތީއެވެ. މުސްތަދްރަކްއަލްސަހީހައިނީގައިވާ ހަދީޘެއްގައި ވެއެވެ. ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ މިސާލަކީ ނޫހުގެފާނުގެ ނަވުގެ މިސާލެވެ. އެނަވަށް އަރައިފި މީހަކު ސަލާމަތް ވެއްޖެއެވެ. އެއާ ދުރުވެއްޖެ މީހަކު ހަލާކު ވެއްޖެއެވެ.

ޝީޢީ މަޛްހަބުގެ ގަބޫލުކުރާ މީހުންނަކީ ޝީޔާ ނުވަތަ ޝީއީނނެވެ. ޝީޢީން ނަކީ މުސްލިމް އާބާދީގެ 10 ނުވަތަ 13 އިންސައްތައެވެ. މީގެ ތެރެއިން 80 އެއްހައި އިންސައްތަ ދިރިއުޅެނީ މައިގަނޑު 4 ގައުމެއްގައެވެ. އެއީ އިރާން، އިރާގް، ޕާކިސްތާން އަދި އިންޑިޔާ އެވެ. ޝިޢާ މަޛްހަބުގެ އެންމެ ބޮޑު ޖަމާއަތަކީ އަލް އިސްނާ އަޝަރިއްޔާ އެވެ. 

ޝީޢީ މުސްލިމުންގެ އަގީދާ ބިނާވެފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ހަދީސް (ޝީއީން ލިޔެފައިވާ) ގެ އިތުރުން ބައެއް މުގައްދަސް ފޮތްތަކުގެ މައްޗަށެވެ. ޝިޢާ ގަބޫލުކުރާގޮތުގައި މުޙައްމަދުގެފާނަށް ފަހު އިސްލާމީ ހަލީފާކަމަށް މާތް ﷲ ހިޔާރުކުރައްވާފައިވަނީ ޢަލީގެފާނެވެ. އަދި ޢަލީގެފާނަކީ ޝީޢީންގެ ފުރަތަމަ އިމާމެވެ. މީގެ އިތުރުން އިމާމްކަން ނަގުލުވާނީ ރާސޫލުﷲ ގެ ދަރިކޮޅުން (އަހުލު ބައިތުން) ރޫހާނީ އަދި ސިޔާސީ ބާރުތައް ލިބިފައިވާ މީހުންނަށެވެ. ޝިޢާމުސްލިމުންގެ އެތައް ޖަމާއަތެއް ވެއެވެ. ނަމަވެސް މި ޖަމާއަތްތައް މައިގަނޑު 3 ޖަމާއަތަކަށް ބަހާލެވެ.އެވެ. އެއީ އިސްނާ އަޝަރިއްޔާ، އިސްމާއިލީ، އަދި ޒައިދީ އެވެ. އިސްނާ އަޝަރިއްޔާ އަކީ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ޖަމާއަތެވެ.

ޝިޢާ މި ލަފުޒުގެ މާނައަކީ ތަބާ ވުމެވެ. ކުރިން ކިޔެމުން އައި ޝިޢާ ޢަލީ (ޢަލީގެފާނަށް ތަބާވީ މީހުން) ކުރުކޮށްލާފައި މިހެން ކިޔަން ފެށުނީއެވެ. 

ޒައިދިއްޔާ މިއީ ޒައިދުގެފާނުގެ އިމާމްކަން ގަބޫލުކުރި ޝީޢީންނަށް ކިޔޭނަމެކެވެ. މިއާ ހިލާފަށް އިޘްނާއަޝަރީންނާއި ޢިސްމާޢީލީން ޤަބޫލުކުރާ ގޮތުގައި އިމާމް ޒައިނުލް އާބިދީންގެ ފަހުން އިމާމްކަން ލިބިވަޑައިގަތީ އިމާމް ބާގިރުގެފާނަށެވެ. ޒައިދީން ފާހަގަކުރެވެނީ މެދުމިނުގެ އގީދާއެއް ޝީޢީ މަ ގެންގުޅޭ ޒްހަބެއްގެ ގޮތުގައެވެ. މިމަޒްހަބަށް ތަބާވާމީހުން ދިރިއުޅެނީ ޔަމަން އަދި ސައުދި އަރަބިއްޔާގައެވެ. މީގެ އިތުރުން ކުރީގައި ގިނަ އަދަދެއްގެ އަލީގެފާނުގެ ދަރިކޮޅަށް ނިސްބަތްވާ މީހުންނަކީ ވެސް ޒައިދީންނެވެ.

އިސްމާއިލީންނަކީ އިމާމް ޖައުފަރުންޞާދިޤުގެ ފަހުން އިމާމްކަން ނުވަތަ އިމާމަތުކަން ހައްގުވެގެންވަނީ އެކަލޭގެފާނުގެ ދޮށީ ދަރިކަލުން އިސްމާއީލްއަށް ކަމަށް ގަބޫލުކުރާ ޝީޢީންނެވެ. މައީ ޝީޢީންގެ ދެވަނައަށް އެންމެ ބޮޑު ފިރުޤާ ވެސްމެއެވެ. އިސްމާއިލީންނަށް ބާޠިނީންނޭ ވެސް ކިޔެއެވެ. އެއީ އެމީހުން ގަބޫލުކުރާ ގޮތުގައި ދީނުގެ ކޮންމެ ކަމެއްގައި ވެސް  ފާޅުވެގެންވާ ހަގީގަތަކާ ފޮރުވިގެންވާ ހަގީގަތްތަކެއްވެއެވެ. މީގެ އިތުރުން އެބައިމީހުން ގަބޫލުކުރާ ގޮތުގައި ޤިޔާމަތާ ޖެހެންދެން އިމާމަތުކަން ދެމިގެންވެއެވެ އަދި އިމާމަކާނުލައި ދުނިޔެ އެންމެ ހިނދުކޮޅަކު ވެސް ނުހުންނާނެއެވެ.
އިސްމާއީލީންނަކީ 10 ވަނަ ޤަރުނުން ފެށިގެން 12 ވަނަ ޤަރުނުގެ ނިޔަލަށް ޝީޢީންގެ އެންމެ ބޮޑު ޖަމާއަތެވެ.

އިމާމިއްޔާ ނުވަތަ އަޘްނާއަޝަރިއްޔާ މިއާ އެންމެ ގިނަ ބަޔަކު ތަބާވާ ޝީޢީ މަޒްހަބެވެ. އަދި ޝީޢީ މިލަފްޒު ބޭނުން ކުރެވެނީ ވެސް މިމަޒްހަބަށް ނިސްބަތްކޮށެވެ.އަރާން، އިރާގް، އަޒަރްބައިޖާން، ބަހްރައިން އަދި ލުބުނާނުގެ މުސްލިމުންގެ ތެރޭގައި އެންމެ ގިނައީ ޢިޘްނާޢަޝަރީ ޝީޢީންނެވެ.

ޝިޢާއިން ގަބޫލުކުރާ ގޮތުގައި ރަސޫލުން އިހްތިޔާރުކުރަނީ މާތްﷲ އެވެ. ހަމަ އެފަދައިން އިމާމުން އަދި ހަލީފާއިންނަކީވެސް ﷲ ހިޔާރުކުރައްވާ ބައެކެވެ. އެގޮތުން މުހައްމަދުގެފާނަށް ފަހު މުސްލިމުންގެ ވެރިކަމަށް (ޚަލީފާ) ހިޔާރުކުރައްވާފައިވާ ފަރާތަކީ ޢަލީ އެވެ. އަދި ﷲގެ އަމުރުފުޅާ އެކު ރަސޫލާވެސް އެގޮތަށް ނިންމަވާފައިވާކަމަށް އެމީހުން ގަބޫލުކުރެއެވެ. 

އަލީ އަކީ މުހައްމަދުގެ ދެބެންގެދެދަރި ކޮއްކޮ އެވެ. އަދި މުހައްމަދުގެ އަންހެން ދަރި ފާތިމާއާ ކައިވެނި ކުރުމުން އަލީ އަކީ މުހައްމަދުގެ ދަނބިދަރިއެވެ. އަލީ އަކީ ސުންނި ޖަމާއަތުގެ ހަތަރުވަނަ ހަލީފާއެވެ. 

ހައްޖަތުލް ވަދާއުގައި މުހައްމަދުގެފާނު، ހުރިހައިމުސްލިމުން ފެންގަނޑެއްގެ ކައިރިއަށް އެއްކުރައްވައި، ތަގްރީރް ކުރެއްވިއެވެ. މި  ތަގުރީރުގައި މުހައްމަދު ހަދީޘް ކުރެއްވިއެވެ  ތިމަންކަލޭގެފާނު އެއެއްޗެއްގެ މައްޗަށް ވެރި ކޮންމެ އެއްޗެއްގެ ވެރިއަކީ އަލީއެވެ. މިއީ މަޝްހޫރު ގަދީރުހުމްގެ ހާދިސާއެވެ. ޝީއީން ގަބޫލުކުރާ ގޮތުގައި މުހައްމަދުގެފާނަށް ފަހު ވެރިކަން ވާރުތަވާނެ ފަރާތަކީ ޢަލީގެފާނު ކަމުގައި އެ ތަގުރީރުގައި ހަދީސްކުރެއްވިއެވެ. އެއީ ހިޖުރައިން 10 ވަނަ އަހަރު ޛުލްހައްޖު 18 ވަނަ ދުވަހެވެ.

މީލާދީން 632 ވަނަ އަހަރު، މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތުމުން ފަސްދާނުލުމުގެ މަސައްކަތުގައި ޢަލީގެފާނު އުޅުއްވަނިކޮށް، އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި، އަބޫ އުބައިދާ އިބުނު ޖައްރާ މަދީނާގެ ލީޑަރުންނާ ބައްދަލްކޮށް އަބޫބަކުރުގެފާނު ޚަލީފާކަމަށް އައްޔަން ކުރިއެވެ. މުސްލިމުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، މި ނިންމުމަށް ޢަލީގެފާނާއި އާއިލާއިން ރުހުން ދިނެވެ. އަދި މީލާދީން 657 ވަނަ އަހަރު ޚަލީފާ އުޘްމާން ޝަހީދުކޮށްލެވުމުން ޢަލީގެފާނަށް ޚަލީފާކަން ހަވާލުކުރެވުނެވެ. ޢަލީގެފާނުގެ ޚިލާފަތުގެ ވެރިރަށަކި ކޫފާ އެވެ. 

ޢަލީގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ މެދުގައި ދެކޮލުވެރިކަން އުފެދި، ޚިލާފަތާ ދެކޮޅަށް ހަނގުރާމަ ކުރެވުނެވެ. މިކަމުގެ ސަބަބުން ޢަލީގެފާނަށް، ވެރިކަން ހިންގުމުގައި ތަފާތު ދަތިތަކާ ދިމާވެ، ގޮންޖެހުންތައް ކުރިމަތިވިއެވެ. މި ދެކޮޅުވެރިކަމުގެ ތެރެއިން މުސްލިމުންގެ ފުރަތަމަ ފިތުނަ ފެށުނެވެ. މިއީ މުސްލިމުންގެ މެދުގައި ހިނގި ފުރަތަމަ ދާހިލީ ހަނގުރާމަ އެވެ. މި ފިތުނަ ފެށުނީ ކަލީފާ އުޘްމާން ޝަހީދުކުރުމާ ހިސާބުންނެވެ. އުޘްމާނުގެފާނުގެ ގަތުލަށް ޢަލީގެފާނުގެ މައްޗަށް، އޭނާގެ ދެކޮޅުވެރިން ތުހުމަތުކުރިއެވެ. މި ފިތުނަ ބޮޑުވެ އެންމެފަހުން ޢަލީގެފާނު ނަމާދުގެ ސަޖިދާގައި އޮންނަވަނިކޮށް ޝަހީދުކޮށްލެވުނެވެ. މިކަން ހިނގީ މީލާދީން 661 ގައެވެ. ޢަލީގެފާނަށް ފަހު ވެރިކަމަށް އައީ މުޢާވިޔަތު އެވެ.

ޢަލީގެފާނު އަވަހާރަވުމާ ގުޅިގެން ކޫފާގެ ވެރިކަމާ ހަވާލުވީ ޢަލީގެފާނުގެ ދޮށީ ދަރިކަލުން ޙަސަން އެވެ. ނަމަވެސް މުއާވިތުގެ ލަޝްކަރާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ މެދުގައި ސުލްހަ ގާއިމްކުރުމުގެ މަގްސަދުގައި، ޙަސަންގެފާނު ވެރިކަމުން ދުރަށް ޖެހިވަޑައިގެން، ޝަރުތުތަކަކާ އެކު މުއާވިޔަތާ ވެރިކަން ހަވާލުކުރެއްވިއެވެ. އެއީ

އަދި މިއަށް ފަހު ޙަސަންގެފާނު މަދީނާއަށް ބަދަލުވެލެއްވި އެވެ. އަދި ހިޖުރައިން 50 ވަނަ އަހަރު، އަނބިކަނބަލުން ޒަހަރު ދީގެން ޙަސަންގެފާނު އަވަހާރަކޮށްލިއެވެ. މިކަން ކޮށްފައިވަނީ މުއާވިޔަތު ގެ ރޭވުމަކުން، އޭނާގެ ދަރި ޔަޒީދު އަށް ވެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ.

ޙުސައިންގެފާނަކީ ޢަލީގެފާނުގެ ހަގު ދަރިކަލުންނެވެ. މުއާވިޔަތުގެ ވެރިކަން އަތުލައްވައި މުސްލިމުންގެ މައްޗަށް ވެރިކަން ކުރެއްވުމަށް ޙުސައިންގެފާނު ދެކޮޅުހެއްދެވިއެވެ. ނަމަވެސް 680މ ގައި މުއާވިޔަތު އަވަހާރަވެ، ޚަލީފާކަން އޭނާގެ ދަރިކަލުން ޒައިދަށް ހަވާލުކުރެވުނެވެ. އަދި ޒައިދަށް ބައިއަތު ހިފުމަށް ޙުސައިންގެފާނުގެ އަރިހުން އެދުނެވެ. އެހެންނަމަވެސް، ޒައިދަށް ވެރިކަން ހަވާލުކުރުމަކީ ކުރިން ވެވިފައިވާ ސުލްހައިގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވާތީ، ޙުސައިންގެފާނު ޒައިދަށް ބައިއަތު ހިއްޕެވުމަށް ދެކޮލު ހެއްދެވިއެވެ. އަދި ކޫފާގެ ވެރިކަމަށް ޙުސައިންގެފާނު ވަޑައިގަތުމަކީ އެތައް މުސްލިމުންނެއްގެ އެދުމަކަށް ވާތީ، އެކަލޭގެފާނުގެ އާއިލާ އާއި ތަބާވީ މީހުން ގޮވައިގެން ކޫފާއަށް ދަތުރު ފެއްޓެވިއެވެ. ނަމަވެސް މި ދަތުރުމަތީގައި، ކަރުބަލާ (މިހާރުގެ އިރާގް) އިން ޔަޒީދުގެ ލަޝްކަރު ބައްދަލްކޮށް ޙުސައިންގެފާނާއި، އާއިލާއާއި ތަބާވީ މީހުންގެ ތެރެއިން 72 މީހުން ޝަހީދުކޮށްލިއެވެ. 

ޝިޢާ މުސްލުމުން ގަބޫލުކުރަނީ ޙުސައިންގެފާނަކީ ޝަހިދެއް ކަމަށާއި މުސްލިމުންގެ އިމާމް ކަމުގައެވެ. ޙުސައިންގެފާނު ޝަހީދުކޮށްލެވުނު ހަނގުރާމަ، ކަރުބަލާ ހަނގުރާމަ އަކީ ސުންނީ މުސްލިމުންނާއި ޝީޢީ މުސްލިމުން ބައިކޮށްލެވުނު ހާދިސާއެވެ. އަދި މިދުވަސް ޝީޢީ މުސްލިުމުންގެ ތެރޭގައި އާޝޫރާ ދުވަސް ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރެވެއެވެ.

ޝީޢާ މަޛްހަބުގެ އިމާމިއްޔާގައި 12 އިމާމުން ކަނޑައަޅާފައިވެއެވެ. އެއިމާމުން ތަރުތީބުން އައިސްފައިވާގޮތާއި މެދު އެބައިމީހުންނަށް ދީފައިވާ ލަޤަބު މިވަނީއެވެ.




#Article 150: ޞޫފީން (1585 words)


ޞޫފީން ނަކީ ދުނިޔަވީ ކަންތައްތައް ދޫކޮށްލާފައި އުޚްރަވީ ޙަޔާތަށް އެކަނި ލެނބިގެންވާ ފިރުޤާއެކެވެ.

ޞޫފީ ޢަޤީދާ ސޫފީންގެ ޢަޤީދާއާއި އަހުލުއް ސުންނާ ވަލްޖަމާޢާގެ  ޢަޤީދާއާއި ވަރަށް ގިނަގޮތްގޮތުން ތަފާތުވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ދީން ދެނެގަންނަ މަޞްދަރެވެ. އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއްނުގަނެވޭނެއެވެ. ނަމަވެސް ޞޫފީންޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި  އެމީހުންނާއި ގުޅިފައިވާ ޖިންނީންގެނެސްދޭ ވަހަކައިންނެވެ. އަދި އެމީހުން ބުނާ ގޮތުގައި، ރޫޙާއިގެން އެމީހުން އުޑަށް އަރައެވެ. އަދި ﷲއަށްޓަކައި އެބައިމީހުން ފަނާވެދެއެވެ. މިގޮތުގައި ޞޫފީ ވަލީވެރިންގެ ހިތްތަކަށް ޣައިބު ކަޝްފުވަންދެން އެމީހުން މަސްތުވެއެވެ. އަދި އެމީހުންގެ ހިތް ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ގުޅި، އެކަލޭގެފާނުގެ އަރިހުން ޢިލްމުތައް ލިބިގަނެއެވެ.  ޞޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރުކަރަންޖެހޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައިވެސް، ޞޫފީންވަލީވެރިން، ތަރުޖަމާކޮށްދިނުމުން  މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެމާނަ ކަޝްފުވަނީ އެމީހުންގެ ހިތަށެވެ. 

ޞޫފީންގެ ޢަޤީދާގެ މަޞްދަރުތައް

އަލްކަޝްފު

ޞޫފީން ދެކޭ ގޮތުގައި ކަޝްފަކީ ދީން ދެނެގަތުމަށާއި ޢިލްމުލިބިގަތުމަށް އޮތް،  އެންމެ އިތުބާރުހުރި މަޞްދަރެވެ. އަދި އެމީހުންގެ އަޅުކަންތަކުގެ މައިގަނޑު މަޤުޞަދަކީވެސް އެއީއެވެ. އަދި ޞޫފީންގެ ނަޒަރުގައި ޝަރުޢީ ހުރިހާކަމަކާއި، ކާއިނާތުގައި ހިނގާ ހުރިހާ ކަމެއްވެސް ޖުމްލަގޮތެއްގައި ދެނެގަނެވޭނީ ކަޝްފުގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ؛

 

އިލާހިއްޔަތާއިމެދު ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާއި މެދު ޞޫފީންގެ ޢަޤީދާ:

ﷲސުބުޙާނަހޫ ވަތަޢާލާއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ. އެކަލާނގެ ހުރިހާ މަޚުލޫޤެއް ހެއްދެވިއެވެ. އަދި އިންސީންނާއި ޖިންނީންނައް ތަކުލީފުޖެއްސެވިއެވެ. އަމުރުތަކާއި ނަހީތަކުންނެވެ. އަދި އެދެފަރާތް ޢަމަލުކުރާ ގޮތެއްގެ މަތީން ޢަދުލުވެރިގޮތުގައި ޖަޒާދެއްވާވާނެއެވެ. އެއީ ސަވާބެވެ. ނުވަތަ އަޒާބެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއެކަލާވަނީ އެކަލާނގެފޮތުގައި އެކަލާނގެ ސިފަފުޅުތައް ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ވަނީ ކީރިތި މާތްﷲގެ ސިފަފުޅުތައް ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެއީ ހުރިހާހެއްޗެއް ހައްދަވާ ބަލަހައްޓަވާ އެތަކެތީގެ ވެރިފަރާތެވެ. إن كل من في السموات والأرض ....... ﷲސުބުޙާނަހޫ ވަތަޢާލާއަކީ ކޮބައިކަމާއި، އަދި އެކަލާނގެ މަޚުލޫޤުންނަކީ ކޮބައިކަމާއި، އެދެމެދުގައިވާ ގުޅުމަކީ ކޮބައިކަން ވަނީ ޢިލްމުވެރިންގެ ވަނީ ބަޔާންކޮށްދެއްވާ ސާބިތުކޮއްދެއްވާފައެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާގެ އިސްމުފުޅުތަކުގައްޔާއި މަތިވެރި ސިފަފުޅުތަކުގައި އެހެނިހެން މަޚުލޫޤުންނާއި އެކަހެރިވެ ވޮޑިގެންނެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގަންނަވާ އަދި ބައްލަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެނަށް އަމުރުކުރައްވާފައިވަނީ އެކަލާނގެ ފޮތުގައި ބަޔާންކޮށްދެއްވާފައިވާ ގޮތަށް، އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  ސިފަކޮށްދެއްވަވާފައިވާ ގޮތަށް އެކަލާނގެ ދެނެގަތުމަށެވެ. އެއީ އެއަށް އިތުރުކުރުމެއް އަދި އުނިކުރުމެއްވެސް ނެތިއެވެ. އަދިއެއީ ކޮންގޮތެއްކަން ބަޔާންކޮށްދިނުމެއްވެސް ނެތިއެވެ. އެހެނީ އެކަލާނގެ ޒާތުފުޅު އެހެން އެއްވެސް މަޚުލޫޤެކާއި އެއްފަދަވެގެން ނުވެއެވެ. އަދި އެކަލާނގެ ސިފަފުޅު އެހެން އެއްވެސް މަޚުލޫޤެއްގެ ސިފައަކާއި އެއްވައްތަރުވެގެން ނުވެއެވެ. ނަމުގައި އެއްވައްތަރުވިޔަސް އެއީ ޙަޤީޤީއެއްވައްތަރުވުމެއްނޫނެވެ. އެއީ ހަމައެކަނި މީސްތަކުންނަށް ބަޔާންކޮށްދެއްވވުމަށްޓަކައި ސިފަކޮށްދެއްވާފައިވާ ސިފަކޮށްދިނުމެކެވެ.

އެހެން ނަމަވެސް، ﷲއާއިމެދު ޞޫފީންގެ ތަފާތު ޢަޤީދާތައް ވެއެވެ. އޭގެ ތެރޭގައި އަލްޙުލޫލުގެ ޢަޤީދާއާއި ވަޙުދަތުލް ވުޖޫދުގެ ޢަޤީދާ ހިމެނެއެވެ. މީގެއިތުރުން  ﷲގެ ޛާތުފުޅާއި އިސްމުފުޅުތަކާއި ސިފަފުޅުތަކާއިމެދު އަޝާޢިރާއިންގެ ޢަޤީދާއާއި، މާތުރީދީންގެ ޢަޤީދާ ޤަބޫލުކުރާ މީހުންވެސް ޞޫފީންގެ ތެރޭގައި ވެއެވެ. 

ވަޙުދަތުލް ވުޖޫދުގެ ޢަޤީދާއަކީ ﷲ ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވުމުގެ ޢަޤީދާއެވެ. މާނައަކީ ދުނިޔޭގައިވާ ކޮންމެއެއްޗަކީވެސް ﷲ ތަމްޘީލުކުރާ އެއްޗެކެވެ. އެއްވެސް އެއްޗަކާ ( އެއްވެސް މަޚުލޫޤަކާއި) ﷲއާއި ވަތްކެއް ނުކުރެވޭނެއެވެ.  

ޙުލޫލަކީ ދެޖިސްމު އެކުވުމެވެ. މިއިސްތިލާޙު ޞޫފީން ބޭނުންކުރަނީ އަޅާއާއި އޭނާ ހެއްދެވި ފަރާތާއި ދެމެދުގައިވާ ގުޅުމަށެވެ. އެހެނީ އެމީހުން ޤަބޫލުކުރާ ގޮތުގައި މާތްﷲ ވަނީ ބައެއްޚާއްޞަ ހަށިގަނޑުތަކާއި އެކުވެފައެވެ. އަދި ﷲއަށް އެނގޭފަދައިން އެފަދަ މީހުނަށް ޣައިބުގައިވާ ހުރިހާކަމެއް އެނގޭނެއެވެ. ޞޫފީން ފުރަތަމަ ނަބީންގެ މަޤާމަށް ވާޞިލުވުމަށްފަހު، އެކަން ތަރައްޤީވެ އިލާހިއްޔަތުގެ ދަރަޖައަށް އަދި ރުބޫބިއްޔަތުގެ ދަރަޖައަށް އެމީހުން ފޯރައެވެ. 

ވަޙުދަތުލް ވުޖޫދުގެ ޢަޤީދާ 

ވަޙުދަތުލް ވުޖޫދަކީ ޞޫފީންގެ ޤަބޫލުކުރުންތަކުގެ އެންމެ ބޮޑު އެއް ޢަޤީދާއެވެ. އެހެނީ އެމީހުން ޤަބޫލުކުރާ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި މުޅިމިޢާލަމަކީ އެކައްޗެކެވެ. އެއީ ވޮޑިގެންވާ ހަމައެކަނި ފަރާތެވެ. ޞޫފީން ދަޢުވާކުރާ ގޮތުގައި ކާއިނާތާއި، މަޚުލޫޤުންނަކީ އެއްގޮތަކަށްވެސްނުވާ ތަކެއްޗެވެ. އަދި ޞޫފީން ދެކޭގޮތުގައި މަޚުލޫޤުންނަކީ ވާބައެއްކަމުގެ ޚިޔާލަކީ ޞޫފީންނޫން އެހެނިހެން މީސްތަކުގެ ހިއްތަކުގައިވާ ވަހުމީ ޚިޔާލެކެވެ.  
ޞޫފީ ޝައިޚެއްކަމުގައިވާ އިބްނު ޢަރަބީ ވިދާޅުވެފައިވެއެވެ. ކައުނަކީ ޚިޔާލެކެވެ.  

އެހެންކަމަށްވާނަމަ ކައުނަކީ ކޮންއެއްޗެއް؟

އިސްވެ ދިޔަވާހަކަތަކުގެ މުރާދަކީ ފެންނަންހުންނަ އަދި އިޙުސާސްވާ، މިކާއިނާތުގެ ތަކެތިކަމުގައިވާ،  ކަނޑާއި އެއްގަމާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި މިފަދަތަކެއްޖަކީ ވާއެއްޗެހިކަމުގައި ޞޫފީން އިންކާރުކުރާވާހަކައެއް ނޫނެވެ. ނަމަވެސް އޭގެ މުރާދަކީ، އެމީހުން އެއީ އުފައްދަވާފައިވާ ތަކެތިކަމުގައި އިންކާރުކުރުމެވެ. އެހެނީ އެމީހުން ޤަބޫލުކުރަނީ ކާއިނާތުގައިވާ ހުރިހާއެއްޗެއްސަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާކަމުގައެވެ. 
	
ކައުނުގައި ފެންނަންމިވާ ޢަދަދުވެސް ނުކުރެވޭހާ ގިނަތަކެއްޗަކީ އެކެއްޗެއްކަމުގައި ވަނީ ކިހިނެއް؟

ޞޫފީން ޤަބޫލުކުރާގޮތުގައި ގިނައެއްޗެހިތަކެއް ކާއިނާތުގައި ވުމަކީ އެއްކައުވަންތަކަމާއި ފުށުއަރާކަމެއްނޫނެވެ. އެހެނީ އެމީހުން އެޢަދަދުކުރަނީ ނިސްބީގޮތެއްގައެވެ. ޙަޤީޤީ ޢަދަދެއްނޫނެވެ.

އަލްޙޫލޫލު ގެ ޢަޤީދާ
އަލްޙޫލޫލަކީ ޞޫފީންގެ ހައްދުފަހަނަޅާފައިވާ އަޤީދާގެ އެއްބައެވެ. އަދި އެމީހުންގެ އަސާސީ މަބްދައުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. މީގެ ތަޢުރީފާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވެއެވެ. 
އެއްބަޔަކު ބުނާގޮތުގައި ޙުލޫލަކީ ދެޖިސްމެއް އެކުވުމެވެ. އެގޮތުން އެއިން އެކަށްޗަކަށް އިޝާރާތް  ކުރުމުން އަނެކަށްޗަށްވެސް އިޝާރާތް ކުރެވުނީއެވެ. އެއީ ފިނިފެންމާފެނުގައި ފިނިފެންމަލުގެ ވަސް އެކުލެވިގެންވާ ފަދައިންނެވެ.

އަނެއްބަޔަކު ބުނާގޮތުގައި އެއީ އެކަތީގެ ސަބަބުން އަނެކަތި ޚާއްޞަވުމެވެ. އެގޮތުން އެކައްޗަކަށް އިޝާރާތް ކުރުމުން އަނެކައްޗަކަށް އިޝާރާތް ކުރެވުނީއެވެ.
އަނެއްބައި ޞޫފީން އަލްޙުލޫލު ބޭނުންކުރަނީ އަޅާޔާއި ރައްބާއި ދެމެދުގައިވާ ގުޅުމަށް އިޝާރާތް  ކުރުމަށެވެ. އޭގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބައެއް ޚާއްޞަ ޖިސްމުތަކަށް ޙުލޫލުވުމެވެ. މިއީ ނަޞާރާއިންގެ މަބުދައެކެވެ. މިކަންތައް ޞޫފީންގެ ތެރެއަށް ފުރަތަމަ ގެނައި މީހަކީ އަލްޙުސައިން ބުން މަންޞޫރު އަލް ޙައްލާޖެވެ. 

އޭގެތެރެއިން ބައެއްމީހުން ބުނާގޮތުގައި ޙުލޫލުވުން ވަނީ ބައެއް މީސްމީހުންނަށް ޚާއްޞަވެފައެވެ. އެގޮތުން ނަޞާރާއިން ޢީސާގެފާނުގެ ހަށިކޮޅުގައި ﷲ ޙުލޫލުވެފައިވާކަމަށް ބުނެއެވެ. އަދި ހައްދުފަހަނައަޅާފައިވާ ޝީޢީން ޤަބޫލުކުރާގޮތުގައި ޖަޢުފަރުއްޞާދިޤުގެ ހަށިކޮޅުގައި ﷲ ޙުލޫލުވެފައިވާކަމަށް ބުނެއެވެ.

މީގެއިތުރުން ޙުލޫލަކީ ﷲ ހުރިހާ އެއްޗެއްގައާއި ހުރިހައި ތަނެއްގައި ވޮޑިގެންވުން ކަމުގައި ބުނާބަޔަކުވެސް ސއޭގެތެރޭގައި ވެއެވެ. 

ވަޙުދަތުލް ވުޖޫދު ގަބޫލުކުރާ މީހުންނަކީ، މުރުތައްދުވެ، ކާފިރު ވެފައިވާ މީހުން ކަމާމެދު، އެއްވެސް މުސްލިމަކު  ޝައްކެއް ނުކުރާނެއެވެ. ހައްދުފަހަނައަޅާފައިވާ ޞޫފީންގެތެރެއިން ވަޙުދަތުލްވުޖޫދާއި އަލްޙުލޫލާއި އަދި އަލްއިއްތިޙާދު ޤަބޫލުކުރާ މީހުންނަކީ ކުފުރުވާނޭ ބައެއް ކަމަށް އިސްލާމީ ޢިލްމުވެރިން ޙުކުމް ކުރައްވާފައިވާހިނދު، މިދެންނެވިފަދަ ޞޫފީން ކާފިރުވާނޭ ކަމަށް ނުދެކޭމީހުންވެސް، ކާފިރުވާނޭކަމަށް އިސްލާމީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.  

ﷲސުބުޙާނަހޫ ވަތަޢާލާ މަޚުލޫޤުންގެ ސިފައިގައި ތަޖައްލީވެ ވޮޑިގަންނަވާކަމުގައި ޤަބޫލުކުރުން

ސޫފީން ޤަބޫލުކުރާ ގޮތުގައި (މީސްތަކުންނަށް) ފެންނާނޭފަދައިން ތަފާތު މަޚުލޫޤުންގެ ސިފައިގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ތަޖައްލީ ވެ ވޮޑިގަންނަވައެވެ. ނަމަވެސް އޭގެމާނައަކީ ހުރިހާއެއްޗަކީ އެކެއްޗެއްކަމުގައި ވުމެއްނޫނެވެ. އަދި މަޚޫލޫޤުތަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުލޫލުވާ ވާހަކައެއްވެސް ނޫނެވެ. އެކަމަކު އެއީ އެކަލާނގެ ނަފުސުފުޅުން ތަޖައްލީވެ ވޮޑިތަތުމެކެވެ. އެކަމަކު މިއިލާހީ ސިފަފުޅައް އަޅުންނޭ(ނުވަތަ މަޚުލޫޤުންނޭ) ކިޔައެވެ. އޭގެ މުރާދަކީ މަޚުލޫޤުންނަކީ ހަޤީޤީ މަޚުލޫޤުންނެއް ނޫނެވެ. ވީމާ އެއީ ހަމައެކަނި މަޚޫލޫޤުންނެއްވެސް ނޫނެވެ. އަދި ހަމައެކަނި ރައްބެއްވެސް ނޫނެވެ.

މިމީހުން ޤަބޫލުކުރާގޮތުގައި ﷲސުބުޙާނަހޫ ވަތަޢާލާ ކާއިނާތުންގެ ސިފައިގައި ފާޅުވާ ސަބަބަކީ، ވުޖޫދުގައިވާ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމުގައިވާތީއެވެ. އެކަލާނގެއަށް އިސްމުފުޅެއް އަދި ޞިފަފުޅެއްވެސް ނުވެއެވެ. ދެން މިވުޖޫދުގެ ލޯގަނޑުން އެކަލާނގެ ނަފުސުފުޅު ދުށުމަށް އެދިވޮޑިގަތެވެ. އަދި އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ފާޅުކުރެއްވުމަށް އެދިވޮޑިގަތެވެ. ދެން ކުރިން ފެންނަންނެތް ކާއިނާތުތަކެއްގެ ސިފައިގައި ފާޅުވެވޮޑިގަތެވެ.  (نعوذ بالله من ذلك) 

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާއިމެދު ޞޫފީންގެ ޢަޤީދާ
ޞޫފީންގެތެރެއިން ބައެއްމީހުން ދެކޭގޮތުގައި ރަސޫލާޞައްލަﷲ ޢަލައިހިވަސައްލަމްއަށް އެމީހުންނާއި އެއްދަރަޖައަކަށް،  ވާޞިލެއްނުވެވޭނެއެވެ. އެމީހުންގެ ޢިލްމުގައި އެކަލޭގެފާނަކީ ޖާހިލެކެވެ. ބަޞްޠާބީ ވިދާޅުވެފައިވެއެވެ. ތިމަންމެން ފެތިކަނޑުތަކަކީ އެތަނުގެ އައްސޭރީގައި ނަބީންނާއި ރަސޫލުން މަޑުކޮށްލެއްވި ކަނޑުތަކެވެ.  
އަދި އޭގެތެރެއިން ބައެއްމީހުން ދެކޭގޮތުގައި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ކައުނުގެ ޤުއްބެވެ. އަދި ޢަރުޝީގައި އިސްތަވާވެވޮޑިގެންވާ ﷲއަކީ އެކަލޭގެފާނެވެ. އަދި އުޑުތަކާއި ބިމާއި ޢަރުޝިއާއި ކުރުސީގެ އިތުރުން، މުޅިކާއިނާތުވެސް އުފެދުނީ އެކަލޭގެފާނުގެ ނޫރުފުޅުންނެވެ. އަދި އެކަލޭގެފާނަކީ އެންމެފުރަތަމަ ވޮޑިގެންވާ ފަރާތެވެ. މިއީ އިބުނުޢަރަބީއާއި އޭނާއަށް ތަބާވީ މީހުންގެ ޢަޤީދާއެވެ.  
ނަމަވެސް ޞޫފީންގެ ތެރޭގައި މިޢަޤީދާ ޤަބޫލުނުރާ އަދި އެއާއި އިދިކޮޅުހަދާމީހުންވެސް ވިއެވެ. އެމީހުން އެކަލޭގެފާނަކީ އިންސާނެއްކަމާއި ރަސޫލެއްކަމަށް އިޢުތިމާދުކުރުމާއިއެކުވެސް، އެކަލޭގެފާނު މާތްކޮށް މަތިވެރިކުރުމުގައި، އަހުލުއްސުންނާ ވަލްޖަމާޢާގެ ޢަޤީދާއާއި ޚިލާފުވެ ހައްދުފަހަނައަޅައިފައިވެއެވެ. 

އެމީހުންގެ ވަލީވެރިން
ޞޫފީންގެ ވަލީވެރިންނަކީ ވަރަށް މަތީ މަޤާމެއް ލިބިގެންވާ ބައެކެވެ. ވަލީވެރިންނާއި މެދުވެސް ޞޫފީންގެ ތަރޭގައި ތަފާތު ޢަޤީދާތައް ވެއެވެ. 
ބައެއްމީހުން ވަލީވެރިން މާތްކޮށް ނަބީންނާއި އެއްފަދަކުރެއެވެ. އަދި އަނެއްބަޔަކު ވަލީވެރިން، އުފެއްދެވުމާއި، ރިޒުޤުދެއްވުމާއި ދިރުއްވުމާއި މަރުގެންނެވުންމާއި، ކައުނުގައި އާދަޔާޚިލާފުކަންތައް ކުރެއްވުމުގެ ބާރުފަދަ، ހުރިހާ ސިފަތަކެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާއި އެއްވަރުކުރެއެވެ. 
އަދި ވަލީވެރިކަން ތަފާތު ބައިތަކަށް އެމީހުން ބަހާފައިވެއެވެ. އޭގަތެރޭގައި ނުރައްކަލުން ސަލާމަތްކޮށްދިނުމާއި، ޚާއްޞަކުރެވި މާތްކުރެވިފައިވާ މީހުންފަދަ ތަފާތުވައްތަރުތައް ހިމެނެއެވެ. 

ސުވަރުގެއާއި ނަރަކައާއި މެދު ޞޫފީންގެ ޢަޤީދާ:

އެމީހުން ދެކޭ ގޮތުގައި ސުވަރުގެ ދެއްވުމަށް އެދުމަކީ އެމީހުނަށް ލިބޭ ނިކަމެތިކަމެއް ނުވަތަ އުނިކަމެކެވެ. އެބަހީ ވަލީވެރިއަކު ސުވަރުގެއަށް އެދުން އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. އެމީހުން އެދެންވާނީ ފަނާވުމަށާއި، ޣައިބުގެ ކަންތައްތައް އަންގަވައިދެއްވުމަށެވެ. އެމީހުގެ ގާތުގައި ﷲއަށްޓަކައި ފަނާވެދިއުމަކީ އެންމެ މަތިވެރި ދަރަޖައެވެ. އެމީހުންގެ ގާތުގައި ސުވަރުގަކީ އެއީއެވެ.  އެއީ އޭނާގެ ޖިސްމާއި އޭނާގެ އަސަރާއި ހުރިހާއެއްޗެސް އެކަލާނގެއަށް ޓަކައި ފަނާވުމެވެ.  އަދި ނަރަކައިން ސަލާމަތްވުމަށްޓަކައި އެދުން މިއީ ފުރިހަމަ ޞޫފީއަކަށް އެކަށީގެންވާ ކަމެއްނޫނެވެ.  
މިއަދު ބައެއް މުސްލިމުންވެސް ސުވަރުގެއާއި ނަރަކައާއި މެދު މިފަދައިން ހީކުރެތެވެ. ނަމަވެސް މިޢަޤީދާއަކީ ޤުރުއާނާއި ސުންނަތާއި ޚިލާފު ޢަޤީދާއެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ދަސްކޮށްދެއްވާފައިވާ ދުޢާތަކުން ޞޫފީންގެ މިޢަޤީދާގެ ބާޠިލުކަން ހާމަވެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ؛(އާލުޢިމްރާން191) މާނައީ؛ އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! 
އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ ބާޠިލް ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ. ފަހެ، އަޅަމެން ނަރަކައިގެ ޢަޛާބުން ސަލާމަތް ކޮށްދެއްވާނދޭވެ!  
އަނަސްގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެގިނައިން ކުރައްވަނީ އަންނަނިވި ދުޢާއެވެ. ربنا ءاتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار މާނައީ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވައިފާނދޭވެ! 
އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދުމަށާއި ސުވަރުގެއަށްއެދި ދުޢާކުރެއްވުމަށް ތަރުޣީބު (ހިއްވަރު) ދެއްވައެވެ. 
އަނަސް ބުނުމާލިކު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘުކުރެއްވި  ބަސްފުޅެއްގެ މާނައިގައިވެއެވެ. މީހަކު ތިންފަހަރު ސުވަރުގެއަށް އެދެފިނަމަ، ސުވަރުގެ(ﷲއަށް) ދަންނަވާހުއްޓެވެ. އޭﷲ! އެމީހަކު ސުވަރުގެއަށް ވައްދަވާނދޭވެ! އެމީހަކު ތިންފަހަރު ނަރަކައިން ސަލާމަތް ކޮށްދެއްވުމަށް އެދެފިނަމަ، ނަރަކަ (ﷲއަށް) ދަންނަވާނެތެވެ. އޭﷲ! އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވާނދޭވެ! (ރަވާހު އިބުނު މާޖާ-4340)

އިބްލީހާއި ފިރުޢައުނާމެދު ޞޫފީންގެ އަޤީދާ

އިބްލީސް

ޢަބްދުއްރަޙުމާން ޢަބްދުލް ޚާލިޤް ފަޞާލިޙުއް ޞޫފިއްޔާ އެވެ، ކިޔުނުފޮތުގަައި ވިދާޅުވެފައިވެއެވެ.  ޢާއްމު ޞޫފީންގެ އަޤީދާއަކީ މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި، އިބިލީހަކީ އެންމެ މާތް މަޚްލޫޤުކަމުގައި ދެކުމެވެ. އެއީ އެމީހުން ބުނާގޮތުގައި އިބްލީސް، މާތް ﷲ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް ސަޖިދެއެއް ނުކުރިއެވެ. މާތްﷲ އޭނާގެ ފާފަތައް ފުއްސަވައި ސުވަރުގެއަށް ވައްދަވާހުއްޓެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިބިލީސް ސަޖިދަނުކުރާކަމަށް އެމީހުންއެބުނަނީ އަންނަނިވި އާޔަތައް އިޝާރާތް ކޮށްފައެވެ. (ބަޤަރާ 34) މާނައީ: ތިމަން ﷲ މަލާއިކަތުންނަށް އާދަމުގެފާނަށް ސަޖިދަކުރެއްވުމަށް އެންގެވި ހިނދު އެބޭކަލުން ސަޖިދަކުރެއްވިއެވެ. ނަމަވެސް އިބްލީސް ސަޖިދައެއް ނުކުރައްވައެވެ. 
ޙަޤީޤަތުގައި މިއާޔަތުން އިބްލީހުގެ ބޮޑާކަމާއި، ކިބުރުވެރިކަން އަދި ﷲ އަށް ނުކިޔަމަންތެރިވުން ދޭހަވެއެވެ. މާތްﷲ އޭނާއާއި މުޚާތަބުކޮށް އަންގަވާފައިވެއެވެ.  (ޞާދު 85)
މާނައީ: ހަމަކަށަވަރުން ކަލެއާއި ކަލެއަށް ތަބަޢަވީ ހުރިހާ އެންމެން ނަރަކައަށް ވައްދާ އެތަންފުރާހުށީމެވެ.  މިއީ މާތްﷲގެ ބަސްފުޅެވެ. މާތްﷲ އަށްވުރެ ތެދުބަސް ވަޙީކުރައްވާނޭ އެހެންއެއްވެސް ފަރާތެއްނުވެއެވެ.

ފިރުޢައުނާއިމެދު ޞޫފީންގެ އަޤީދާ
ޞޫފީން ޤަބޫލުކުރާގޮތުގައި ފިރުއައުނަކީ ހަމަ ރަނގަޅު އަދި މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ މީހެކެވެ. އޭނާ ބުނެފައިވާބަސް ކީރިތި ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ.  (ނާޒިޔާތު 

މިގޮތައް އޭނާ ބުނުމުން އޭނާޔަށް ޙަޤީޤަތާއި ހަމައަށް ވާޞިލު ވެވިއްޖެއެވެ. އެހެނީ ހުރިހާ އެއްޗަކީވެސް މާތްﷲކަން އެގިއްޖެއެވެ. މިއީ އެމީހުންގެ ވަޙުދަތުލް ވުޖޫދުގެ އަޤީދާއެވެ. މިއަޤީދާގެ އެއްމެ އިސްމީހަކީ އިބުނު އަރަބިއްޔުއް ޞޫފިއްޔުއެވެ. މިގޮތައް އޭނާ (ފިރުއައުނު) ބުނުމުން އީމާންވެވުނީއެވެ. އަދި އޭނާ ސުވަރުގެއަށްވެސް ދާނެއެވެ.
އެމީހުންގެ މިއަޤީދާއަކީ ކީރިތި ޤުރުއާނުގައި ޞަރީޙް ނަސްޚުތަކާއި މުޅީން ޚިލާފް އަޤީދާއެކެވެ. މާތްﷲ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.  (ޠާހާ 24) މާނައީ: ކަލޭގެފާނު ފިރުއައުނުގެ ގާތައްވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާވަނީ ނުބައިކަމުގައި ހައްދުފަހަނައަޅާ ގޮސްފައެވެ. 

ޞޫފީންނާއި ފަގީރުކަން 

ޞޫފީންގެ ނަޡަރިއްޔާތުގައި ފަޤީރުކަމަކީ ތަޞައްވުފުގެ އަސާސެކެވެ. 
ރައްދު: އެމީހުންގެ ނަޡަރިރްޔާއަކީ ބާޠިލް ނަޡަރިއްޔާއެކެވެ. ޞަޙީހު ޙަދީޘުން ޘާބިތުވާގޮތުގައި ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ކޮންމެ ނަމާދެއްގެ ފަހުގައި ފަޤީރުކަމުން ރައްކާތެރި ކޮށްދިނުމައްއެދި ދުޢާ ކުރެއްވެވިއެވެ. އެކަލޭގެފާނު ޙަދީޘުކުރައްވައެވެ.اللهم إني أعوذ بك من الكفر والفقر وعذاب القبر މާނައީ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކާފިރުކަމުންނާއި ފަޤީރުކަމުންނާއި، އަދި ޤަބުރުގެ ޢަޛާބުން ރައްކާތެރިކަން އެދެމެވެ. 
އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އަނަސްގެފާނަށް މުދާ ގިނަކޮށްދެއްވުމަށާއި ދަރިން އިތުރު ކޮށްދެއްވުމަށާއި، އެދެބާގައި ބަރަކާތް ލެއްވުމަށް ދުޢާކޮށްދެއްވެވިއެވެ. 

ސޫފީންގެ ގާތުގައި ޖިހާދު

ސޫފީންގެ ގާތުގައި ޞައްހަ ޖިހަދު ވަރައް މަދެވެ. އެމީހުން މަޝްޢޫލު ވެފައިވަނީ ނަފްސުގެ ޖިހާދުގައެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވާ ފަދައިން، އެމީހުން ރިވާ ކުރާ ޙަދީޡއެއްގައި ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ.  ތިމަންމެން އެބުރި  މިއައީ ކުޑަ ޖިހާދުން ބޮޑު ޖިހާދަށެވެ. އެއީ ނަފްސުގެ ޖިހާދެވެ. މި ޙަދީޡަކީ ޙަދީޡް ޢިލްމުގެ އެއްވެސް ބޭކަލަކު ކީރރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި  ވަސައްލަމްގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޡެއް ނޫނެވެ. އަދި ކީއް ހެއްޔެވެ. ކީރިތި ޤުރުއާނާއި ސުންނަތުން ބަޔާންވެ އެނގޭ ގޮތުގައި ކާފިރުންނާއި ދެކޮޅަށް ކުރެވޭ ޖިހާދަކީ ﷲ އާއި އެންމެ ކުއްތަންވެވޭ އަޅުކަމެވެ.  

ޖިހާދާއި މެދު ސޫފީންގެ ބައެއް ބުނުންތަކުގެ ތެރޭގައި 

ޝަޢްރާނީ ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ތިމަންމެންގެ މައްޗަށް ޢަހުދެއް ހިފިއްޖެއެވެ. ޒަމާނާއި އެޒަމާނުގެ އަހުލުވެރިން ބަދަލުވަމުންދާ ގޮތަކަށް އެބަޔަކާއި އެކުބަދަލުވުމަށް އަހަރެމެންގެ އަޚުންނަށް އަމުރުކުރުމަށެވެ. އަދި ﷲ އެބައެއްގެ މައްޗަށް މާތްކަންދެއްވާފައިވާ ބަޔަކަށް ރުޅިނައުމަށެވެ. އެއީ ދުނިޔެވީކަމެއްކަމުގައިވިޔަސް އަދި އުޚްރަވީ ކަމެއްކަމުގައިވިޔަސްމެއެވެ. 
އިބުނު ޢަރަބީ ވިދާޅުވެފައިވެއެވެ.  ﷲ ސުބުޙާނަހޫ ވަތަޢާލާ ޤައުމެއްގެ މައްޗަށް އަނިޔާވެރިއަކު ވެރިކުރައްވައިފިނަަމަވެސް، އެމީހަކާއި ދެކޮޅަށް ނިކުތުން ވާޖިބުވެގެން ނުވެއެވެ. އެހެނީ އެއީ ﷲގެ ހަޟުރަތުން އައި ޢިޤާބެކެވެ. 
ޞަލީބީހަގުރާމައިގެ ދުވަސްވަރު ދިރިއުޅުއްވި ޞޫފީ ބޮޑުދެޒަޢީމުންކަމުގައިވާ، އިބުނުޢަރަބީއާއި އިބުނލްފާރިޟް އެހަނގުރާމައިގައި ބައިވިރިކަމެއް އެނގޭކަށް ނެތެވެ. ނުވަތަ ހަނގުރާމައަށް ނުކުތުމަށް ގޮވާލިކަމުގައިވެސް އެނގޭކަށްނެތެވެ.
ޣަޒާލީ ޞޫފީންގެ ޠަރީޤަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން، އޭނާގެ އަލްމުންޤިޛު މިނައްޡަލާލް މިފޮތުގައި ޛިކުރުކޮށްފައިވެއެވެ. ޞަލީބީހަގުރާމައިގެ ދުވަސްވަރުގައި ގަޒާލީ މަޝްޣޫލުވެގެން އުޅުއްވީ ބައެއްފަހަރަށް ދިމިޝްޤުގެ މުންނާރުގައި ޚިލްވަތުގައެވެ. އަދި އަނެއްބައިފަހަރަށް ޤުދުސްގެ ޞަޚުރަތުގައި، އުޅުއްވައެވެ. އެދެތަނުގައި ދޮރުބަންދުކޮށްގެން ދެއަހަރަށްވުރެގިނދުވަސް ވަންދެން އުޅުއްވިއެވެ. އަދި ޞަލީބީން 492ހގައި ޤުދުސް ހިފިއިރުވެސް އޭނަ ހަމަ އެއްވެސް ތަނަކަށް ނުގޮސް އެތަނުން ހުރީއެވެ. ޖިހާދަށް ނުކުތުމަށް ގޮވާލައްވާފައެެއްނުވެއެވެ. އެގޮތުގައި 12 އަހަރު ހުންނެވިއެވެ. 
އަދި އެނަގެ إحياء علوم الدين ގައި ޖިހާދުގެ ވާހަކަ އެއްވެސް ވަރަކަށް ގެނެސްފައެއްނުވެއެވެ. އެހެނެއްކަމަކު އޭގައި ހުރާފާތްތަކާއި ކުފުރުގެ ކަރާމާތް ތަކުގެވާހަކަ ގެނެސްފައިވެއެވެ. އަދި تاريخ العرب الحديث والمعاصر އޭ ކިޔުނުފޮތުގައި އޭގެ މުއައްލިފު ބަޔާންކޮށްފައިވެއެވެ. ސޫފީންގެ އަހުލުވެރިން ބިދުއަތަކާއި ޚުރާފާތްތައް ފެތުރިއެވެ.




#Article 151: ސުއްނަތް (137 words)


ސުއްނަތަކީ މުޙައްމަދުގެފާނު އުޅުއްވި ގޮތްކޮޅެވެ. ބަހުގެ ގޮތުން ސުންނަތުގެ މާނައަކީ ގޮތް ނުވަތަ ސިޔަރަތެވެ. (ރަނގަޅު ނުވަތަ ނުރަނގަޅު ވިޔަސްމެއެވެ.) ޤުރުއާނާއި ޙަދީޘުގައި މި މާނައިގައި ސުންނަތް ވާރިދުވެފައި ވެއެވެ.

އެއީ ކީރިތިރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ވާޖިބުނޫން ކަންކަމެވެ. ނުވަތަ އެކަލޭގެފާނުގެ އަރިއަހުން ޞައްޙަ އަދި ޞަރީހަކޮށް ސާބިތުވެފައިވާކަންކަމުގެ ތެރެއިން އެކަމެއް ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޒާބު ނުލިބޭ ކަންކަމެވެ.

އެއީ ޤުރުއާން ފިޔަވައި ކީރިތި ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިމަތިފުޅުގައި އެކަމެއް ހިނގިއިރު، ނުވަތަ އެކަމެއްގެ ޚަބަރު ލިބިވަޑައިގަތުމުން ވެސް މަނާނުކުރައްވާ ކަންކަމެވެ. އަދި ބައެއް ދަންނަބޭކަލުންގެ ނަޒަރުގައި އެކަލޭގެފާނުގެ ޚުލުޤީ (އަޚުލާޤީ) ސިފަފުޅުތައްވެސް ހިމެނިގެން ވެއެވެ.

އެއީ ކީރިތި ރަސޫލާ ﷺ ގެ އަރިހުން  ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއް ހިނގިއިރު ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމާއި  އެކަލޭގެފާނުގެ ޚުލުޤީ ސިފަފުޅުތަކާއި (އޯގާތެރިކަމާއި ތެދުވެރިކަން ފަދަ ސިފަފުޅުތައް) އެކަލޭގަފާނުގެ ޚަލްޤީ ސިފަފުޅުތަކެވެ.

ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ. ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ.




#Article 152: އާކިޓެކްޗަރު (160 words)


އިސްލާމީ އާކިޓެކްޗަރ އަކީ އިސްލާމްދީނުގެ ތަޢުލީމާތްތަކާ އެއްގޮތްވާ ގޮތުގެ މަތިން މުސްލިމުންގެ ބޭނުންތަކަށްޓަކައި ބިނާކޮށްފައިވާ ޢުމްރާނީވެށީގެ އުންސުރުތަކެވެ. ބައެއް ފޮތްފޮތުގައި އިސްލާމީ އާކިޓެކްޗަރ އަކީ، މުސްލިމުން ބިނާކޮށްފައިވާ ހުރިހާ ޢިމާރާތްތަކެއްކަމަށް ބަޔާންކުރެވިފައި ވެއެވެ. ޙަޤީޤަތުގައި، މުސްލިމުން ބިނާކޮށްފައިވާ ހުރިހާ ޢިމާރާތްތަކަކީ، އިސްލާމީ އާކިޓެކްޗަރއޭ ބުނެ އެއަށް ނިސްބަތްކުރެވޭނެ ތަންތަނެއް ނޫނެވެ. އެހެންކަމުން، މުސްލިމުން ބިނާކޮށްފައިވާ ޢުމްރާނީ ވެށީގެ އުންސުރުތައް ދެބަޔަކަށް ބަހާލަން ޖެހެއެވެ. އޭގެ ތެރެއިން އެއްބައިގައި ހިމެނެނީ އިސްލާމީ އާކިޓެކްޗަރ އެވެ. އަނެއް ބައިގައި ހިމެނެނީ އިސްލާމްދީނުގެ ތަޢުލީމާތްތަކާ ޚިލާފަށް މުސްލިމުން ބިނާކޮށްފައިވާ ޢިމާރާތްތަކެވެ.

އިސްލާމިކް އާކިޓެކްޗަރގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދީނީ ޢިމާރާތްތަކެއް ނޫނެވެ. ކީއްތޯއެވެ. ދީނުގައި އަންގަވާފައިވާ އަޅުކަން ކުރުމަށް މުސްލިމުން ބިނާކޮށްފައިވާ ޢިމާރާތްތަކުގެ އިތުރުން، މުސްލިމުންގެ ތަފާތު ބޭނުންތަކަށްޓަކައި ބިނާކޮށްފައިވާ ކޮންމެ ޢިމާރާތެއް، އިސްލާމީ އާކިޓެކްޗަރގެ ތެރޭގައި ހިމެނިދާނެއެވެ. އެ ޢިމާރާތަކީ އިސްލާމް ދީނުގެ ތަޢުލީމާތްތަކާ ޚިލާފު ނުވާ ތަނެއް ކަމަށް ވަނީނަމައެވެ. މި އުސޫލުގެ މަތިން ބަލާއިރު، މިސްކިތްތަކާއި މުސްލިމުން ދިރިއުޅޭ ގެދޮރާއި އަދި އެބައިމީހުންގެ ތަފާތު ބޭނުންތަކަށްޓަކައި ބިނާކޮށްފައިވާ ތަންތަން، އިސްލާމީ އާކިޓެކްޗަރގެ ތެރޭގައި ހިމެނެއެވެ.

މުސްލިމުން ބިނާކޮށްފައިވާ ކޮންމެ ޢިމާރާތަކީ، އިސްލާމީ އާކިޓެކްޗަރގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައި ވާކަށް ނުޖެހެއެވެ. މިހެނީ، އިސްލާމީ ތަޢުލީމާތްތަކާ ޚިލާފުވާ ޢިމާރާތްތައް މުސްލިމުންގެ ތެރޭގައި ބިނާކުރެވިފައި ވެއެވެ. މިސާލަކަށް މިސްކިތެއްގެ ސިފައިގައި ބަނގުރާ ވިއްކާ ތަނެއް ބިނާކުރިޔަސް އެތަން އިސްލާމީ އާކިޓެކްޗަރގެ ތެރޭގައި ނުހިމެނޭނެއެވެ. އެކަމަކު، އެތަން ބިނާކުރީ މުސްލިމުން ކަމަށް ވަނީނަމަ، އެތަން އެބައި މީހުންގެ އާކިޓެކްޗަރއަށް ނިސްބަތްކުރެވިދާނެއެވެ.




#Article 153: ބައިބަލް (975 words)


ބައިބަލް އަކީ ޔަހޫދީދީނާއި ނަޞާރާދީނުގެ ކީރިތި ލިޔުންތައް ނުވަތަ ފޮތްތަކުގެ މަޖްމަޢެވެ. 

ބައިބްލް އަކީ ﷲ ގެ ބަސްފުޅުތަ؟

މިލިޔުމަކީ އިންނަގާފައިވާ ލިޔުމެކެވެ.
ވަރަށް ތަފުސީލުކޮއްލިޔުއްވާފިވާތީ ނަކަލުކޮއްލީއެވެ.
ލިޔުއްވާފައިވަނީ
ޢަބްދުﷲ ނަޢީމު އިބްރާހީމް

ޑޮކްޓަރ ގްރެހަމް ސްކްރޮޖީ އަކީ ޗިކާގޯގައި ހުންނަ ދުނިޔޭގައި ނަޞާރާ ދީން ފަތުރަން މަސައްކަތް ކުރާ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ގަދަރުވެރި ޖަމާޢަތް ކަމަށްވާ މޫޑީ ބައިބްލް އިންސްޓިޓިއުޓްގެ އިސް މީހެކެވެ. ބައިބްލް އަކީ ﷲ ގެ ބަސްފުޅުހޭ? މި ނަމުގައި އޭނާ ލިޔުނު ފޮތުގެ އެއް ބާބަކަށް އޮތީ އެއީ އިންސާނީ، އެހެންނަމަވެސް އިލާހީ ފޮތެކެވެ. މި މައިގަނޑު ސުރުޚީގެ ދަށުގައި އޮތް ބާބެކެވެ. މި ބާބުގައި (ފޮތުގެ 17 ވަނަ ސަފްހާ ގައި) އޭނާ ލިޔެފައި ވެއެވެ.

ކެނެތް ކްރެގަކީ ނަޞާރާ ދީނުގެ ޢިލްމުވެރިއެކެވެ. އޭނާއަކީ ޖެރޫސެލަމްގެ އެންގްލިކަން ބިޝޮޕެވެ. އާދެ، އިނގިރޭސި ފައްޅީގެ އިސް ފާދިރީއެވެ. އޭނާ ލިޔުނު ފޮތް މުންނާރުގެ ގޮވައިލުންގެ 277 ވަނަ ސަފްހާގައި ލިޔެފައި ވެއެވެ.

ބައިބްލް އަކީ ﷲ ގެ ބަސްފުޅެއް ނޫނޭ ބުނެވޭނޭ މިއަށްވުރެ ސަރީހަ ގޮތެއް އޮންނާނެތޯއެވެ؟ އެކަމަކު ހައިރާންވާން ޖެހެނީ ބައިބްލްގެ ޢިލްމުވެރިން މިހުރިހައި ވާހަކައެއް ދެއްކުމަށް ފަހު ވެސް ބައިބްލް އަކީ އެއްވެސް ޚިލާފެއް ނެތް، ކުށެއް ނެތް، ﷲ ގެ ބަސްފުޅު ކަމަށް ޢާއްމުންގެ ހިތަށް ވައްދައިދޭން މަސައްކަތް ކުރާތީއެވެ. މިއީ ތަލިން ކުޅު ހިކޭ ވަރުގެ އަޖާއިބު ކުރުވަނިވި ކުޅިގަނޑެކެވެ.

މަތީގައި ދެންނެވުނު ދެ ޢިލްމުވެރިން ސާފު ބަހުން ބުނަމުން އެ ގެންދަނީ ބައިބްލް އަކީ އިންސާނުންގެ އަމިއްލަ އުފެއްދުމެކޭއެވެ. އަމިއްލަ އަށް ލިޔެގެން އުޅޭ ފޮތެކޭއެވެ. އެކަމަކު މީހުންގެ ބޮލަށް ވައްދައިދޭން އުޅެނީ އެޔާ ދިމާ އިދިކޮޅު ޚިޔާލެކެވެ. ޢިލްމުވެރިންގެ ކަންތައް ހުރީ މިހެން ކަމަށް ވާ ނަމަ އާދައިގެ މީހުން ގެ ޙާލަކީ ކޮބައިތޯއެވެ؟

އިސްލާމީ ދުނިޔޭގައި ނަން ހިނގާފައިވާ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ އަޙްމަދު ދީދާތު ލިޔުއްވަ އެވެ.

އަޅުގަނޑާ އެއްދުވަހަކު އިންޑިއާގެ ވިޔަފާރިވެރިއަކާ ބައްދަލު ވެއްޖެއެވެ. އޭނާ އަކީ ސާއީ ބާބާ އަށް އަޅުކަން ކުރާ މީހެކެވެ. ސާއީ ބާބާ އަކީ އިންސާނެކެވެ. މިހާރުވެސް ދިރި ދުނިޔޭގައި ހުރި، މަށިން ހައްދަވާފައިވާ އިންސާނެކެވެ. މި ދަންނަވާ ވިޔަފާރިވެރިޔާ ގަބޫލު ކުރާ ގޮތުގައި ސާއީ ބާބާ އަކީ ކަލެކެވެ. އޭނާ ގެ މުޢުޖިޒާތްތަކާއި، ކަރާމާތް ތަކުގެ ވާހަކަ އަޅުގަނޑު ގާތު ދެ ގަޑިއެއްހައިއިރު ވާންދެން ދެއްކިއެވެ. އަޅުގަނޑުވެސް ދިޔައީ އެއީ ކަލެއް ނޫން ކަމަށް ސާބިތުވާ (އަޅުގަނޑަށް ފެންނަން) ހެކިތައް ދައްކަމުންނެވެ. އެންމެ ފަހުން އޭނާ ބުނީ ކީކޭ ކަމަށްތޯއެވެ؟ ޚުދު ސާއީ ބާބާ އައިސް ތިމަން މިއީ ކަލެއް ނޫނޭ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަމެވެ.

މި ބާވަތުގެ މީހުންނަކަށް ދޭނޭ ބޭހެއް، ހަދާނޭ ފަންޑިތައެއް ނޯންނާނެއެވެ. މިފަދަ މީހުންނާ ބެހޭ ގޮތުން ޢީސާ ޢަލައިހިއްސަލާމް ވިދާޅުވެފައިވާ ކަމަށް ބައިބްލް ގައި ވެއެވެ. . . . އެ މީހުންނަށް ފެނެއެވެ. އެކަމަކު ނުފެނެއެވެ. އަޑު އިވެއެވެ. އެކަމަކު ނީވެއެވެ. އެ މީހުންނަކަށް ނުވެސް ވިސްނެއެވެ. (މަތިވް ގެ 13 ވަނަ ފޮތުގެ 13 ވަނަ އާޔަތް)
ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 18 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވަނީވެސް މި ފަދަ މީހުންގެ ވާހަކަ އެވެ. އާދެ، ބީރު، މަންމަން، ކަނު މީހުން ހެޔޮ މަގަށް ނޭނބުރޭނޭ ވާހަކައެވެ.

އެހެން ނަމަވެސް ނާޞާރާއިންގެ ތެރޭގައިވެސް ހެޔޮ ވިސްނޭ، ނުވަތަ ހެޔޮ ވިސްނަން ބޭނުންވާ މީހުން އުޅެއެވެ. އެފަދަ މީހުން އީމާން ވުމަކީ އެކަށީގެންވާ ކަމެކެވެ. އީމާންވާނޭ ބަޔަކީވެސް އެއީއެވެ.
ނަޞާރާއިންނާ ވާހަކަ ދައްކާއިރު މުސްލިމުންނަށް ކުރިމަތިވާ ނުވަތަ ނަޞާރާއިން މުސްލިމުންނަށް ކުރިމަތި ކުރާ މައްސަލައެއް އޮވެއެވެ. މުސްލިމުން ބައިބްލްގެ ހަމަނުޖެހޭ ވާހަކަ ދައްކާއިރު އެ ފޮތުގެ އާޔަތްތަކަށް ހަވާލާ ދެއެވެ. މިއީ ކަންތައް ކުރަން ޖެހޭ ގޮތްވެސް މެއެވެ. ކޮންމެ ދީނެއްގެ ވާހަކަ ދެއްކި ނަމަވެސް އެ ދީނެއްގެ އުސޫލު ތަކުގެ ވާހަކަ ދައްކަން ޖެހޭނެއެވެ. އެ ދީނުގެ މީހުން ގަބޫލު ކުރާ ފޮތެއް އޮތިއްޔާ އެ ފޮތެއްގެ ވާހަކަ ވެސް ދައްކަން ޖެހޭނެއެވެ.

ބައިބްލް ގެ ވާހަކަ ދައްކައި، ނަޞާރާ ދީނުގެ ފޫނުބެދޭ ކަން ސާބިތު ކޮށް ދިނުމާއެކު އެ މީހުން މުސްލިމުންނާ ކުރިމަތި ކުރަނީ ވަރަށް އާދަޔާ ޚިލާފު ސުވާލެކެވެ. ކަލޭ ބައިބްލް އަށް އީމާން ވަމުހެއްޔެވެ؟ ފެންނަ ފެނުމުގައި މިއީ ވަރަށް ފަސޭހަ ސުވާލެކެވެ. އެކަމަކު މި ސުވާލަށް ކުރު ޖަވާބެއް ދިނުމަކީ މުސްލިމުންނަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެންމެ ފުރަތަމަ ވާހަކަ ދައްކަން ޖެހެނީ އެ ފޮތާ ބެހޭ ގޮތުންނެވެ. މުސްލިމުން އެ ފޮތާ މެދު ދެކޭ ގޮތް ހާމަ ކޮށްފައި ނޫނީ ޖަވާބެއް ދިނުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ނަޞާރާ އިންނަކަށް ކެތެއް ނުކުރެވެއެވެ. އަވަސް އަވަހަށް ބުނާނެއެވެ. އާނއެކޭ ނުވަތަ ނޫނެކޭ ބުނާށެވެ. މިއީ މީގެ ދެ ހާހެއްހައި އަހަރު ކުރިން ޔަހޫދީން ޢީސާ ޢަލައިހިއްސަލާމާ މެދު ކަންތައް ކުރި ގޮތެވެ.
ކަޅު ކޮންމެ އެއްޗަކީ ހުދު އެއްޗަކަށް ނުވާނެއެވެ. އެ ދެމެދުގައި މަޑު އަޅި ކުލައާއި، ގަދަ އަޅި ކުލަ އާއި، މި ނޫނަސް އަޅި ކުލައިގެ އެތައް ވައްތަރެއް ހިމެނެއެވެ. ނަޞާރާއިންގެ ސުވާލަށް އާނއެކޭ ވިދާޅުވެއްޖެ ނަމަ އޭގެ މާނަ އަކީ ބައިބްލް އޭ އެ ކިޔާ ފޮތުގައި ވާ ހުރިހައި ވާހަކަ އަކަށް އީމާންވެ ވަޑައިގަންނަވަނީއެވެ. ނޫނެކޭ ވިދާޅުވެއްޖެ ނަމަ އެ މީހުން ބުނާނެއެވެ. ނިކަން ދެކިބަލާށެވެ. މިހިރަ މީހަކު ބައިބްލް އަކަށް އީމާނެއް ނުވެއެވެ. އެހެން ކަމަށް ވަންޏާ އެ ފޮތާ ހަވާލާދީ އަހަރެމެންނާ ޒުވާބު ކުރުމުގެ ހައްގެއް މި މީހާ އަކަށް ނޯންނާނެއެވެ. މިއީ އެއްވެސް ކަމެއް ސާބިތު ކޮށްދޭން ނުވަތަ މުސްލިމުން ސާބިތުކޮށްދޭ ކަމެއް ދޮގު ކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ. އަސްލު މައުޟޫޢުން ބޭރު ވާން ވެގެން ދައްކާ ވާހަކައެވެ. މި ފަދަ ދަނޑިވަޅެއްގައި މުސްލިމުން ކަންތައް ކުރަން ޖެހޭ ގޮތަކީ ކޮބައިތޯއެވެ؟ ފުރަތަމަ ހަދަން ޖެހޭ ގޮތަކީ ބައިބްލް އާ ބެހޭ ގޮތުން މުސްލިމުންގެ ޢަޤީދާ އޮންނަ ގޮތް ސާފު ކޮށް ދޭންވީއެވެ.

ބައިބްލް ގައި ތިން ވައްތަރެއްގެ ވާހަކަ ހިމެނިފައި ވެއެވެ. މިއީ މާ ބޮޑު ޢިލްމުވެރިއަކަށް ނުވިޔަސް އެނގިދާނޭ ކަމެކެވެ. މި ކަމަކީ އަޅުގަނޑުމެން މުސްލިމުން ހެޔޮ ހިތުން ގަބޫލު ކުރާ ކަމެއްވެސް މެއެވެ. އެ ތިން ވައްތަރަކީ:

ފުރަތަމަ ދެންނެވުނު ވައްތަރުގެ ވާހަކައިގެ މިސާލަކީ:
(ހ) އަހުރެން އެ މީހުންގެ ތެރެއަށް ރަސޫލުބޭކަލަކު ފޮނުއްވާނަމެވެ. . . އަދި އަހުރެންގެ ބަސް އެ ބޭކަލެއްގެ ދޫފުޅަށް ލައްވާނަމެވެ. . . އަދި އެ ބޭކަލަކު އަހުރެން އަންގާ ވާހަކަތައް އެ މީހުންނަށް ވިދާޅުވެ ދެއްވާނެ އެވެ. (ޑިއުޓްރޯނޮމީ ގެ 18 ވަނަ ބާބުގެ 18 ވަނަ އާޔަތް)
(ށ) ކަލަކީ އަހުރެންނީމެވެ. އަހުރެން ފިޔަވައި (ކަލޭމެން) ސަލާމަތް ކޮށްދޭނޭ އެހެން ފަރާތެއް ނެތެވެ. (އައިސާއިއަހ 43 ވަނަ ބާބުގެ 11 ވަނަ އާޔަތް)
މި ދެ މިސާލަށް ބައްލަވައިލައްވާށެވެ. އެއީ ކަލާނގެ ބަސްފުޅު ކަމަށް ގަބޫލު ކުރެވިދާނޭ ގޮތް ފެންނާން އެބަހުއްޓެއް ނޫންތޯއެވެ؟
ދެވަނަ އަށް ދެންނެވުނު ވައްތަރުގެ ވާހަކައިގެ މިސާލަކީ:
(ހ) މަސީޙް ހަރު އަޑުފުޅުން ކީރިތި ކުރައްވައި ވިދާޅުވިއެވެ. އެލައި، އެލައި، ސަބަޗްޓަނި? . . . (މަތިވް 27 ވަނަ ބާބުގެ 46 ވަނަ އާޔަތް)
(ށ) ދެން މަސީޙް އޭނާ އަށް ޖަވާބު ދެއްވި އެވެ. ޙުކުމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙުކުމަކީ އޭ އިސްރާއީލެވެ! އަޑު އަހާށެވެ! އަހަރެމެން ގެ އިލާހަކީ އެއްކައުވަންތަ އިލާހެކެވެ. (މާރކް 12 ވަނަ ބާބުގެ 29 ވަނަ އާޔަތް)
މި ދެ މިސާލަށް ބައްލަވާލައްވާށެވެ. މަސީޙް ވިދާޅުވިއެވެ. ޖަވާބު ދެއްވިއެވެ. މިހެން އޮތީމާ އެއީ އެ ވާހަކަ ނިސްބަތް ކުރެވޭ ބޭކަލެއްގެ ދޫފުޅުން ނުކުތް ބަސްފުޅު ތަކެއްކަން ކުޑަ ކުއްޖަކަށް ވެސް އެނގޭނެއެވެ. އާދެ، އެއީ ރަސޫލުބޭކަލެއްގެ ވާހަކަފުޅެވެ.
ތިން ވަނައަށް ދެންނެވުނު ވައްތަރުގެ ވާހަކައިގެ މިސާލަކީ:
(ހ) ދުރުން ޒައިތޫނި ގަހެއް ފެނިވަޑައިގެން އެ ކަލޭގެފާނު (ޢީސާ ޢަލައިހިއްސަލާމް) އެތަނަށް ވަޑައިގެންފިއެވެ. އެއީ އެތަނުން އެ ކަލޭގެފާނަށް (ޢީސާ ޢަލައިހިއްސަލާމަށް) ކޮންމެވެސް އެއްޗެއް ފެނިވަޑައިގެންފާނެ ކަމުގެ އުއްމީދުގަ އެވެ. އެ ކަލޭގެފާނު (ޢީސާ ޢަލައިހިއްސަލާމް) އެ ތަނަށް ވަޑައިގަތުމުން އެކަލޭގެފާނަށް (ޢީސާ ޢަލައިހިއްސަލާމަށް) އެ ތަނުން ފަތް ފިޔަވައި އެހެން އެއްޗެއް ފެނިވަޑައެއް ނުގަތެވެ. (މާރކް 11 ވަނަ ބާބުގެ 13 ވަނަ އާޔަތް)
ބައިބްލް ގެ ބޮޑު ބައި ބިނާ ވެފައި އޮންނަނީ މި ދެންނެވުނު ތިން ވަނަ ވައްތަރުގެ ވާހަކައިގެ މައްޗަށެވެ. އެއީ ކޮންމެވެސް ކަމަކާ ނުވަތަ މީހަކާ ބެހޭ ގޮތުން އެހެން މީހަކު ދައްކާފައި ހުރި ވާހަކަކަން އެނގެނީ މީހަކު ބުނެގެންނެއް ނޫނެވެ. މިއީ ކަލާނގެ ބަސްފުޅެއް ނޫނެވެ. ރަސޫލު ބޭކަލެއްގެ ބަސްފުޅެއްވެސް ނޫނެވެ. ތާރީޚު ލިޔާ މީހެއްގެ ބަހެވެ.
މި ތިން ބައި ވަކި ކުރުމަކީ އެއްވެސް މުސްލިމަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެނީ އިސްލާމް ދީނުގައިވެސް މިތިން ބާވަތުގެ ވާހަކަ އެބަހުއްޓެވެ. އެކަމަކު ދުނިޔޭގެ އެހެން ހުރިހައި ދީނަކާ ޚިލާފަށް މުސްލިމުންގެ އަތުގައި މި ތިން ބާވަތުގެ ވާހަކަ ހުރީ މުޅިން ތަފާތު ތިން ފޮތެއްގައެވެ. އެއީ:

މުސްލިމުން މި ތިން ބައި ގެންގުޅެނީ ވަކިންނެވެ. އެކަތި އަނެކައްޗާ މަސްހުނިކޮށް އޮޅުވާލައިގެންނެއް ނޫނެވެ. އެކަމަކު ނަޞާރާ އިންގެ ފޮތުގައި މި ތިން ބާވަތުގެ ވާހަކަ އެބަ ހުއްޓެވެ. ހަމަ އެއް ފޮތުގަ އެވެ. ވުމާއެކު އެ މީހުންނަށް ޖެހެނީ އެ ތިން ބާވަތުގެ ވާހަކަ އަށް ވެސް ވަޙީގެ ދަރަޖަ ދޭށެވެ.




#Article 154: އެމްޕައަރ ސްޓޭޓް ބިލްޑިންގ (366 words)


އެމްޕައަރ ސްޓޭޓް ބިންޑިންގ ޢިމާރާތް ކުރުމަށް ބިންކޮނުމުގެ މަސައްކަތް ފެށުނީ 22 ޖެނުއަރީ 1930 ގައެވެ. ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 17 މާރިޗް 1930 ގައެވެ. ޢިމާރާތް ކޮށް ނިމުނީ އޭގެ 14 މަސް ފަހުން 1931 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ހަތަރެއް ބައި ފަންގި ފިލާގެ މަސައްކަތް ކޮންމެ ހަފްތާއަކު ނިންމާފައި ވެއެވެ. މިތަން ބިނާކުރެވިފައިވަނީ ކުރިން އެމެރިކާގެ ނިއުޔޯކް ސިޓީގައި ވަލްޑޯފް އެސްޓޯރިއާ ހޮޓެލް ހުރި ތަނުގައެވެ. 

އެމްޕައަރ ސްޓޭޓް ބިންޑިންގ ފަރުމާކޮށްފައިވަނީ ޝްރީވް، ލޭމްބް އެންޑް ހަރްމަން އެސޯޝިއޭޓް ކިޔާ ކުންފުންޏަކުންނެވެ. ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓާރެޓް ބްރަދާރސް އެންޑް އެކީން އިންކޯޕަރޭޝަން ގެ ފަރާތުންނެވެ. 1972 ވަނަ އަހަރު މަންހަޓާންގައި ދުނިޔޭގެ ވިޔަފާރީގެ މަރުކަޒުގެ ފުރަތަމަ ޓަވަރު ބިނާކުރުމާއި ހަމައަށް ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި 102 ފަންގިފިލާ އަށް ހެދިފައިވާ އެމްޕައަރ ސްޓޭޓް ބިންޑިންގ ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން 41 އަހަރު ވަންދެން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި އެމްޕައަރ ސްޓޭޓް ބިންޑިންގ ދެމިހުރިއެވެ. 

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ މަތީގައި ބެހެއްޓިފައިވާ އެންޓަނާގެ ކޮޅާއި ހަމައަށް އިމާރާތުގެ އުސްމިނުގައި 448 މީޓަރު ހުރެއެވެ. 102 ވަނަ ފަންގިފިލާ އާއި ހަމައަށް ހުންނަނީ 381 މީޓަރު އެވެ. މުޅި އިމާރާތުގެ ބޮޑު މިނުގައި 37 މިލިއަން ކޮޑި ފޫޓް ހުރެއެވެ. ޢިމާރާތް ކޮށްފައިވާ ބިމުގައި 83،860 އަކަ ފޫޓް ހުރެއެވެ. މިއީ 100 އަށްވުރެ ގިނަ ފަންގި ފިލާ ހިިމެނޭ ގޮތަށް ޢިމާރާތް ކުރެވުނު ފުރަތަމަ ބިލްޑިންގ އެވެ. 

ޢިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ބިންގާގެ ގޮތުގައި ބެލެވޭ ހަދާނީ ހިލަ ބާއްވައި ދިނީ 17 ސެޕްޓެމްބަރު 1930 ގައި އޭރު ނިއުޔޯކްގެ ގަވަރުނަރަކަށް ހުރި އަލްފްރެޑް އީ ސްމިތު އެވެ. ޢިމާރާތުގެ ރޭނުމުގެ މަސައްކަތް ނިމުނީ 13 ނޮވެންބަރު 1930 ގައެވެ. ރަސްމީ ކޮށް އެމްޕައަރ ސްޓޭޓް ބިންޑިންގ ހުޅުވައިދިނީ އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ހާބަޓް ހޫވަރ 1 މެއި 1931 ގައެވެ. ޢިމާރާތް ހުޅުވުމަށް ފަހު 1940 ވަނަ އަހަރާއި ހަމައަށް އަންނަންދެން ޢިމާރާތުގެ ގިނަބައިތައް ހުރީ ކުއްޔަށް ދޫނުކޮށެވެ. ނަތީޖާއެއްގެ ގޮތުން އެދުވަސް ވަރު މިޢިމާރާތަށް އެމްޕްޓީ ސްޓޭޓް ބިލްޑިންގ ގެ ނަމުން މުޚާޠަބު ކުރެވުނެވެ. 

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ މަސައްކަތް އެއްކޮށް ނިންމުމަށް 1 އަހަރާއި 45 ދުވަސް ނުވަތަ 410 ދުވަސް ހޭދަވި އެވެ. ޢިމާރާތް ކުރުމުގެ މަސައްކަތުގައި 3400 މީހުން ހަރަކާތްތެރި ވިއެވެ. މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު 14 މީހުން ވަނީ އެކިފަހަރު މަތިން މަރުވެފައެވެ. ޢިމާރާތުގެ ބޭރުހެދުމަށް އިންޑިއާނާ ލައިމް ސްޓޯން އަދި ގްރެނައިޓް ބޭނުން ކުރެވިފައި ވެއެވެ. މީގެ އިތުރުން 6 ވަނަ ބުރިން ފެށިގެން މައްޗަށް އެލްމިނިއަމް، ކްރޯމް- ނިކެލް، އަދި އެކަތަ ފާރު ރީތި ކުރުމަށް ބޭނުން ކުރެވިފައި ވެއެވެ. ޢިމާރާތުގެ އެތެރެ ރީތި ކުރުމަށް ސަންގު މަރުމަރު ހިލަ ބޭނުން ކުރެވިފައި ވެއެވެ. މިހިލަ ގެނެސްފައިވަނީ އިޓަލީ، ބެލްޖިއަމް، ފްރާންސް، އަދި ޖަރުމަނުންނެވެ. 

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ ބަރުދަނުގައި 330 ހާސް މެޓްރިކް ޓަން ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިއިމާރާތުގައި 6500 ކުޑަދޮރު، 73 އިލެވޭޓަރު ހުރެއެވެ. އަދި އިމާރާތުގެ ހުރިހާ ފަންގި ފިލާގެ ބައިތަކުގެ ބޮޑުމިނުގައި 2200 ހާސް އަކަފޫޓް ހުރެއެވެ. ޢިމާރާތުގެ މަތީގައިވާ ބްރޯޑް ކާސްޓިންގ އެންޓަނާ ބެހެއްޓުނީ 1952 ވަނަ އަހަރު އެވެ. މިހާރު ވެސް ތަފާތު އެތައް ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތައް މިޢިމާރާތުގައި ހެދިފައި ވެއެވެ.




#Article 155: އިޓައިޕޫ ޑޭމު (220 words)


އިޓައިޕޫ ޑޭމު އޭ ކިޔޭ ފެނުން ކަރަންޓް އުފައްދައިދޭ ޕްލާންޓް އަކީ އެދާއިރާގައި އެންމެ ބޮޑު އެންމެ ކާމިޔާބު އެއް މަސައްކަތެވެ. މިތަން ހެދުނީ 1971ން 1991ގެ ނިޔަލަށް ބްރެޒިލް އާއި ޕަރަގުއޭ ގުޅިގެންނެވެ. މިޑޭމު ހެދިފައިވަނީ ބްރެޒިލް އާއި ޕަރަގުއޭ ގުޅުވުމަށް ޕަރާނާ ކޯރު ހުރަސްކޮށް ލެވިފައިވާ ފާލަމުގެ 14 ކިލޯ މީޓަރު އުތުރުގައެވެ. 

އިޓައިޕޫ ޑޭމު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 22 ޖުލައި 1966ގައެވެ. ބްރެޒިލްގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު ގްރޭސީ މެގަލްހީޒް އެވެ. ޕަރަގުއޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު ސެޕީނާ ޕޭސްޓަރ އެވެ. މިތަން ހެދުމުގެ މަސައްކަތް ފެށިފައިވަނީ 1971 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. 

އިޓައިޕޫ ޑޭމު ގެ ދިގުމިނުގައި 7744 މީޓަރު ހުރެއެވެ. އަދި އުސްމިނުގައި 225 މީޓަރު ހުރެއެވެ. އިންޖީނު ބިނާކުރެވިފައިވަނީ މައި ޑޭމުގެ އެންމެ މަތީގައެވެ. މިތަނުން ކަރަންޓް އުފައްދައިދޭ މިންވަރަކީ 12600 މެގަވޯޓް އެވެ. މިބައި އުފައްދަނީ ތަފާތު 18 ޖެނެރޭޓިންގ ޔުނިޓް އިންނެވެ. 15 ޔުނިޓް އިންނަނީ މައި އިންޖީނުގޭގައި ބެހެއްޓިފައެވެ. އަނެއް 3 ޔުނިޓް އިންނަނީ ޑައިވާޜަން ޗެނަލް ގައި ބެހެއްޓިފައެވެ. އަދި ދާދި ފަހުން ވަނީ އިތުރު 2 ޖެނެރޭޓިންގ ޔުނިޓް ބެހެއްޓިފައެވެ. 

ޑޭމު ފުރުމުން ފެން ބޭރުކުރާ އާރު ހުންނަނީ ކޯރުގެ ކަނާތު އައްސޭރި ފަށުގައެވެ. އޭގައި ވަކި ވަކި 14 ދޮރާށި ވެއެވެ. މިތަނުން ސިކުންތަކު 62200 ކޮޑި މީޓަރުގެ ފެން ފޮނުވައިދެއެވެ. ކޯރުގެ ވާތު އައްސޭރި ފަށުގައިވަނީ ރޮކް ފިލް ޑޭމް އެވެ. މިތަންވަނީ އެއްކޮޅުން މައި ޑޭމު އާއި ގުޅިފައެވެ. އަނެއް ކޮޅުން އާތް ފިލް ޑޭމް އާއި ގުޅިފައެވެ. 

މައި ޑޭމު އަދި އިންޖީނުގެ ބިނާކުރުމަށްޓަކައި ކޯރުވަނީ ވާތު އައްސޭރި ފަށުގައި ޑައިވާޜަން ޗެނަލް އިން ޑައިވާރޓް ކުރެވިފައެވެ. މިޑޭމު ހެދުމަށް ބޭނުންކުރެވުނު ދަނގަޑާއި އެކަތައިން 380 އޭފެލް ޓަވަރު ހެދިދާނެ ކަމަށް ވެއެވެ. އަދި ބޭނުން ކުރެވުނު ކޮންކްރީޓް އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް ގުޅުވުމަށް ހެދުނު ޗެނަލް ޓަނެލްގައި ބޭނުން ކުރެވުނު ވަރަށްވުރެ 15 ގުނަ އިތުރުކަމުގައި ބުނެވެއެވެ. 




#Article 156: ސީ.އެން. ޓަވަރު (406 words)


ސީ.އެން. ޓަވަރު ހުންނަނީ ކެނެޑާގެ ޓޮރޮންޓޯ ގައެވެ. ފުރަތަމަ ރޭވިފައި އޮތީ ފާލަމަކުން ގުޅުވާލެވިފައިވާ 3 ޓަވަރު ބިނާކުރުމަށެވެ. ޓަވަރުގެ އުސްމިނުގައި 553.33 މީޓަރު ހުރެއެވެ. ޓަވަރު ހުންނަނީ އެތެރެ ހުސްކޮށް ހުންނަ 3 ފައިގެ މަތީގައި ހިފެހެއްޓިފައެވެ. މިއީ ދުނިޔޭގައި ހުރި އެންމެ ދިގު ފްރީ ސްޓޭންޑިންގ ސްޓްރަކްޗަރ އެވެ. ދުނިޔޭގެ ރިކޯޑް ފޮތް ބުނާގޮތުން 30 އަހަރު ވަންދެން ދުނިޔޭގެ އެންމެ އުސް ޢިމާރާތުގެ ގޮތުގައި ސީއެން ޓަވަރު ހޮވިފައި ވެއެވެ. 

ސީ.އެން. ޓަވަރު ބިނާކުރުމުގެ މަސައްކަތް ފެށުނީ 12 ފެބުރުއަރީ 1973 ގައެވެ. ބިޔަ ބެކްހޯ އަކުން ޓޮރޮންޓޯގެ ބަދަރުގެ ކައިރީގައި އޮންނަ އޮންޓާރިއޯ ކުޅީގެ އައްސޭރި ފަށުން 50 ފޫޓް ފުން މިނަށް ޓަވަރު ހެދުމަށް ކޮނެވުނެވެެ. އެއަށްފަހު ވައި އަކުރެއްގެ ބައްޓަމަށް ކޮންކްރީޓް، ދަގަނޑު، އަދި އެކަތަ އެއްކޮށް އަތުރާލެވުނެވެ. ވައި އަކުރުގެ ކޮންމެ ފަޔަކުން އެތެރެ ހުސްކޮށް އިންނަ ފައެއް މައްޗަށް އިދެއެވެ. 

ސީ.އެން. ޓަވަރު ގެ ބިންގާގެ މަސައްކަތް ނިންމުމަށް ހޭދަވީ 4 މަސް ދުވަހެެވެ. ޓަވަރު ބިނާކުރުމަށް ކޮންމެ ހަފްތާ އަކު 5ދުވަހު ފުލްކޮށް މަސައްކަތް ކޮށްފައި ވެއެވެ. 1100 ފޫޓަށް ޓަވަރު ބިނާކުރެވުމުން ސްކައި ޕޮޑްގެ މަސައްކަތް ފެށުނެވެ. ސްކައި ޕޮޑް ގައި ހިމެނެނީ 7 ބުރީގެ ބަޔަކާއި، 2 އޮބްޒަވޭޝަން ޑެކް، ވަށައިގެން އެބުރޭ ރެސްޓޯރަންޓް، ނައިޓް ކްލަބް، އަދި ބްރޯޑް ކާސްޓިންގ އިކްއިޕްމަންޓް ތަކެކެވެ. 

ސްކައި ޕޮޑް މަތިން ޓަވަރު މައްޗަށް ގޮސް ނިމިފައިވަނީ ސްޕޭސް ޑެކް އަށެވެ. މިތަން އިންނަނީ ސްކައި ޕޮޑަށްވުރެ 465 ފޫޓް އުހުގައެވެ. ސްޕޭސް ޑެކަށް އެރުމުން 75 މޭލު ދުރު ބަލާލެވޭ ކަމަށްވެއެވެ. ސްޕޭސް ޑެކްގެ މަތިން ދެން އިންނަނީ އެންޓަނާއެވެ. 

ސީ.އެން. ޓަވަރު ބިނާކުރުމުގެ އެންމެ ފަހު މަރުހަލާގައި ސިރޮސްކީ ސްކައި ކްރޭން ހެލިކޮޕްޓަރަކުން ކޮމިއުނިކޭޝަން މަސްޓް ގެ ބައިތައް އެތުރުމަށް ޓަވަރުގެ މައްޗަށް ގެންދެވުނެވެ. ކޮމިއުނިކޭޝަން މަސްޓް ގެ ބައިތައް އަތުރައި ގުޅުވުމަށް 40 ހާސް ބޯލްޓް ބޭނުންކޮށްފައި ވެއެވެ. މިބުނި މަސްޓްގެ ވަށައިގެން ފައިބަރު ގްލާސް ފަށަލައެއް ފަހުން ލެވުނެވެ. އެއީ ފިންޏާއި އައިސް ޖެހުމުން ހިމާޔަތް ކުރުމަށްޓަކައެވެ. މިއީ ރޭޑިޔޯ އަދި ޓީވީ ގެ ސިގްނަލްތައް އުފުލައިދޭ 335 ފޫޓްގެ އެންޓަނާއެކެވެ. 

ސީ.އެން. ޓަވަރު އެއްކޮށް ބިނާކޮށް ނިމުނީ 2 އޭޕްރީލް 1975 ގައެވެ. ޢާންމުކޮށް ޓަވަރު ހުޅުވާލެވުނީ 26 ޖޫން 1976 ގައެވެ. ރަސްމީކޮށް ޓަވަރު ހުޅުވުނީ 1 އޮކްޓޯބަރު 1976 ގައެވެ. ބިނާކުރުމުގެ މަސައްކަތަށް 57 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައި ވެއެވެ. ސީ.އެން. ޓަވަރު ބިނާކޮށްފައިވަނީ ގަޑިއަކު 260 މޭލު ބާރު މިނުގައި ވައި ޖެހުނު ކަމުގައި ވިޔަސް އެއަށް ޓަވަރު ތަޙައްމަލު ކުރެވޭގޮތަށެވެ. ބާރުގަދަ ވައިގެ ތެރޭގައި މަތީގައިވާ އެންޓަނާގެ ހަމަ ހިފެހެއްޓޭ ގޮތަށް ވަނީ ތައްޔާރު ކުރެވިފައެވެ. މިޓަވަރު ބޭނުންކުރެވެނީ ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތަކުގެ ޓްރާންސްމިޝަން ޓަވަރެއްގެ ގޮތުގައެވެ. މިޓަވަރު ފަރުމާ ކޮށްފައިވަނީ އޮސްޓްރޭލިޔާގެ ޖޯން އެންޑްރޫވް އެވެ. 

ސީ.އެން. ޓަވަރު ގައި މިފަހަކުން އައިސް ވަނީ ދެކަރަންޓް ސިޑި ހަރުކުރެވިފައެވެ. މިކަރަންޓް ސިޑި ނުވަތަ އިލެވޭޓަރު ބެހެއްޓުމަށް 2579 ފިޔަވަޅު އިންނަ ސްޓެއަރ ކޭސް އެއް ވަނީ ޓަވަރުގެ އެތެރެއިން ހަރުކުރެވިފައެވެ. މީގެ އިތުރުން ސްކައި ޕޮޑްގެ އޮބްޒަވޭޝަން ޑެކަށް ވަނީ ބިއްލޫރި ތަޅުމެއް އިތުރު ކުރެވިފައެވެ. ޓަވަރަށް އަރާ މީހުންގެ ކިބައިން ފާހަގަ ވެފައިވާ ގޮތުން އެންމެ ގިނަބަޔަކު ޓަވަރަށް އެރުމަށްފަހު ބުނެފައިވާ ބަހަކީ Awesome އެވެ. 

ސީ.އެން. ޓަވަރުގެ ނަން ނިސްބަތް ވަނީ ކެނޭޑިއަން ނޭޝަނަލް ރެއިލްވޭ އަށެވެ. ނަމަވެސް 1995 ވަނަ އަހަރު އެކުންފުނިން ކެނެޑާ ލޭންޑްސް ކަމްޕަނީ އަށް ޓަވަރުގެ ކަންތައްތައް ބެލެހެއްޓުން ހަވާލު ކުރިއެވެ. އެއަށްފަހު ވެސް ޓޮރޮންޓޯގެ އަހުލުވެރިން ސީ.އެން. ޓަވަރު ގެ ނަން އެގޮތުގައި ބަހައްޓަން ބޭނުން ވިއެވެ. އެހެން ކަމުން މިއަދު ކެނޭޑިއަން ނޭޝަނަލް ގެ ބަދަލުގައި ޓަވަރު ނިސްބަތް ކުރެވެނީ ކެނެޑާޒް ނޭޝަނަލް މިނަމަށެވެ.

Image:Cntower.jpg|CN Tower




#Article 157: ޕެނަމާ ކެނަލް (235 words)


މީލާދީން 1534 ވަނަ އަހަރު ސްޕޭން ގެ ރަސްގެފާނު ޗާރލްސް-1 ޕެނަމާގެ އިސްމަސް ހުރަސް ކޮށް ކެނަލް އެއް ހެދުމަށް އަމުރު ކުރެއްވި އެވެ. އިސްމަސްގެ މާނައަކީ ދެފަރާތުން ކަނޑު ނުވަތަ ކޯރު އޮވެފައި މެދުން އޮންނަ ބިމުގެ ހަނި ބައެކެވެ. މިބުނި ރަސްގެފާނު އެކަމަށް އަމުރު ނެރުނުތާ 3 ގަރުނު ފަހުން 1880 ވަނ އަހަރު ޕެނަމާ ކެނަލް ހެދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް 20 އަހަރު ފަހުން ބައްޔާއި ފައިސާގެ މައްސަލަތަކާއި ހުރެ މަސައްކަތް ހުއްޓާލަން ޖެހުނެވެ. އެފަހަރު މިމަސައްކަތް ކޮށްފައިވަނީ ފަރަންސޭސި ވިލާތުގެ ކުންފުންޏަކުންނެވެ. 

ޕެނަމާ ކެނަލް ހެދުމުގައި ދިމާވި ބައެއް އުދަގޫ ކަންތައްތަކުގެ ތެރޭގައި ކެނަލް ހެދުމަށް ބިންކޮނުން، ކެނަލް ހުރަސްކޮށް ޑޭމެއް ހެދުން، ޑޭމް ބަންދުކުރުމަށް ލޮކް އެއް ތައްޔާރު ކުރުން، ކައިރިކޮށް ދުރުކުރެވޭ ގޮތަށް ދޮރާއްޓެއް ހެދުން، އަދި ކެނަލް ހެދުމުގެ ސަބަބުން ތިމާވެށީގެ ގޮތުން ކުރިމަތިވި މައްސަލަތައް ހިމެނެއެވެ. ކެނަލް ހެދުމުގެ ތެރޭގައި އެކި ފަހަރު މަތިން 27500 މީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރީދޫ ހުމާއި، މެލޭރިޔާ ފަދަ ބަލިތައް ޖެހިގެން މަރުވި މީހުން ވެސް ހިމެނެއެވެ. 

ޕެނަމާ ކެނަލް ހުޅުވުމަށްފަހު އެތައް ދުވަސްތަކެއް ވަންދެން އެތަން ބަލަހައްޓާފައިވަނީ އެމެރިކާއިންނެވެ. އޭގެ 80 އަހަރު ފަހުން އެމެރިކާ އަދި ޕެނަމާއިން ވަނީ ދެގައުމު ޙިއްޞާވާ އިދާރާއެއްގެ ދަށުން ޕެނަމާ ކެނަލް ބެލެހެއްޓުމަށް ނިންމާފައެވެ. 7 ސެޕްޓެމްބަރު 1977 ގައި އެމެރިކާއާއި، ޕެނަމާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1999 ވަނަ އަހަރުގެ ނިޔަލަށް ދެގައުމު ގުޅިގެން ކެނަލް ހިންގުމަށް ނިންމުނެވެ. އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ރަހުމަތްތެރިކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައެވެ. މިއެއްބަސްވުމުގެ ދަށުން 31 ޑިސެމްބަރު 1999ން ފެށިގެން ޕެނަމާ ކެނަލް ހިންގުމުގެ ހުރިހާ ބާރެއް ޕެނަމާ އަށް ލިބިފައި ވެއެވެ. 

ޕެނަމާ ކެނަލް ހުރަސްކޮށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 14 ހާސް އާގު ބޯޓް ހުރަސް ކުރެއެވެ. އަދި 203 މިލިއަން ޓަނުގެ މުދާ އުފުލައެވެ. 2002 ވަނަ އަހަރާއި ހަމައަށް ކެނަލް ހުރަސް ކޮށް 800 ހާސް އާގު ބޯޓް ދިޔަކަމަށް ލަފާކޮށްފައި ވެއެވެ. 2005 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ބުނާގޮތުން 278.8 މިލިއަން ޓަންގެ މުދާ މިކެނަލް ހުރަސްކޮށް އުފުލާފައި ވެއެވެ.




#Article 158: ޗެނަލް ޓަނެލް (347 words)


ޗެނަލް ޓަނެލް ބިނާކުރުމުގެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރެވުނީ 12 ފެބުރުއަރީ 1986 ގައި އިގިރޭސި ވިލާތުގެ ކެންޓަބަރީގެ ކެންޓް ގައެވެ. އަދި މިތަން ބިނާކޮށް ނިމުނީ 1994 ވަނަ އަހަރު އެވެ. މިއީ ފަރަންސޭސި ވިލާތާއި އިގިރޭސި ވިލާތް ގުޅުވުމަށް ކަނޑު އަޑިން ހެދިފައިވާ ރޭލް ދަތުރުކުރާ މަގެކެވެ. މިތަން މަޝްހޫރު ވެފައިވަނީ ޗެނަލްގެ ނަމުގައެވެ. 

ކާރު، ބަސް، ޓްރަކް ފަދަ ތަކެތިވެސް އިގިރޭސި ވިލާތުން ފަރަންސޭސި ވިލާތަށް ގެންދެވެނީ ރޭލް ގައެވެ. ރަސްމީ ސިފައެއްގައި ޗެނަލް ގެ ތެރެއިން ރޭލުތައް ދަތުރުކުރަން ފެށުނީ 14 ނޮވެމްބަރު 1994 ގައެވެ. ޗެނަލް ޓަނެލް ހެދިފައިވަނީ ކަނޑުގެ އަޑިން 45 މީޓަރު ފުންމިނުގައެވެ. 

ޗެނަލް ޓަނެލް ހެދުމަށް ކޮނުމުގެ މަސައްކަތަށް 7 އަހަރު ދުވަސް ހޭދަވި އެވެ. އަދި 15 ހާސް މީހުން މިމަސައްކަތުގައި ބައިވެރި ވެފައި ވެއެވެ. ކޮނުމުގެ މަސައްކަތުގައި ކޮންޓްރެކްޓަރެއްގެ ދައުރު އަދާކޮށްފައިވަނީ ފްރާންސްގެ ޓްރާންސްމެޗް ލިންކް އިންނެވެ. ކޮނުމަށް އިންޖިނޭރުން ބޭނުންކޮށްފައިވަނީ ޓަނެލް ބޯރިން މެޝިން އެވެ. މިފަދަ ތަފާތު 11 މެޝިނެއް ޓަނެލް ކޮނުމަށް ބޭނުންކޮށްފައި ވެއެވެ. 

ރޭލު ދަތުރުކުރާ މިމަގު ހަދާފައި އޮންނަނީ އިގިރޭސި ޗެނަލްގެ ކަނޑު އަޑީގެ ބިންގަޑުގެ ދަށުގައެވެ. މިމަގުހެދިފައިވަނީ އިގިރޭސި ވިލާތުގެ ފޯކްސްޓޫން އިން ފަރަންސޭސި ވިލާތުގެ ކޮންކްއެލްސް އަށެވެ. ދިގުމިނުގައި 50 ކިލޯ މީޓަރު އިންނަ މިމަގުގެ ކަނޑު އަޑީގައި އިންނަ ބައިގެ ދިގުމިނުގައި 39 ކިލޯ މީޓަރު ހުރެއެވެ. ކަނޑުގެ އަޑީގައި އޮންނަ ބައި އޮންނަނީ ކަނޑު އަޑީގެ ބިންގަނޑުގެ ވެސް އަޑީންނެވެ. އެވްރެޖްގޮތެއްގައި 45 މީޓަރު އަޑީގައެވެ. އެހެން ކަމުން މިޗެނަލް އޮންނަނީ މޫދު ތެރެއަކު އަކު ނޫނެވެ. 

މިއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ދިގު ބިމުގެ އަޑިން ރޭލު ދަތުރުކުރާ މަގެވެ. ނަމަވެސް ކަނޑުގެ އަޑީން އޮންނަ އެންމެ ދިގު ރޭލު ދަތުރުކުރާ މަގެވެ. މިމަގު އޮޕަރޭޓްކޮށް ހިންގަނީ ޔޫރޯ ޓަނެލްގެ ފަރާތުންނެވެ. 

ޗެނަލް ޓަނެލްގައި 25 ފޫޓް ފުޅާމިނުގެ ރޭލު ދަތުރުކުރާ ދެމަގާއި، އަދި އެދެމަގުގެ މެދުން 16 ފޫޓްގެ ފުޅާމިން ހުންނަ މަގު ހިމެނެއެވެ. މެދުގައިވާ މަގު ބޭނުންކުރެވެނީ ރޭލެއް މައްސަލަ ޖެހިއްޖެ ނަމަ އެކަން ރަގަޅު ކުރެވެންދެން ޕާރކު ކޮށްފައި ބޭއްވޭ ތަނެއްގެ ގޮތުގައެވެ. ނުވަަތަ ރޭލުތަކަށް ޚިދުމަތްދޭ ތަނެއްގެ ގޮތުގައެވެ. ޗެނަލް ޓަނެލްގެ މެދުގައިވާ ޚިދުމަތްދޭ ޓަނެލް ގެ މަސައްކަތް ފެށުނީ 1 ޑިސެމްބަރު 1987 ގައެވެ. 

ޗެނަލް ޓަނެލް ހަދާފައިވަނީ އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް ގުޅިގެން އުފައްދާފައިވާ ޖޮއިން ވެންޗަރ ކުންފުންޏަކުންނެވެ. އަދި މިކުންފުންޏަށް ޓަނެލް ހިންގުމަށް 55 އަހަރު ގެރެންޓީ ދިފައި ވެއެވެ. މިޓަނެލް ހެދުނީ ލަންޑަން އިން ޕެރިސް އަށް ހެދި ރޭލު ދަތުރުކުރާ މަގުގެ ބައެއްގެ ގޮތުގައެވެ. 

ޗެނަލް ޓަނެލް ރަސްމީކޮށް ހުޅުވައިދެއްވީ ފަރަންސޭސި ވިލާތުގެ ކަލާއިސްގައި އޮތް ރަސްމިއްޔާތެއްގައި އިގިރޭސި ރާނީ ކްއީން އެލިޒަބަތު-2 ކާއި، އޭރު ފަރަންސޭސި ވިލާތުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ފްރެންކޮއިސް މިޓަރެންޑް 6 މެއި 1994 ގައެވެ. 

ޗެނަލް ޓަނެލްގައި ޔޫރޯ ޓަނެލްގެ ފަރާތުން ތަފާތު 3 ޚިދުމަތެއް ދެއެވެ. އެއީ މީހުން އުފުލުމުގެ ޚިދުމަތް، ދުއްވާ ތަކެތި އުފުލުމުގެ ޚިދުމަތް އަދި މުދާ އުފުލުމުގެ ޚިދުމަތެވެ. މިޚިދުމަތް ފޯރުކޮށްދެވެނީ ލަންޑަން، ބްރެސެލްސް އަދި ޕެރިސް މި 3 ސިޓީގެ ދެމެދުގައެވެ. މިޓަނެލް ހެދުމުގެ މަސައްކަތަށް 10 ބިލިއަން ސްޓާލިންގ ޕައުންޑް ހޭދަވާނޭކަމަށް ބެލެވިފައި ވެއެވެ.




#Article 159: އުތުރު ކަނޑުން ހިމާޔަތް ކުރުމުގެ މަސައްކަތް (252 words)


ނެދަލޭންޑުގެ އުތުރު ކަނޑުން ނެދަލޭންޑް ހިމާޔަތް ކުރުމަށް ކުރެވުނު މަސައްކަތް ވެފައިވަނީ ޖޫގްރަފީގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ. ނެދަލޭންޑްގެ ބޮޑު ބައެއް އޮންނަނީ ކަނޑުގެ ސަތަހައަށްވުރެ ތިރީގައި ކަމަށްވުމާއެކު ވަރަށް ގިނަ ފަހަރު އުތުރު ކަނޑާއި އެއާއި ގުޅިފައިވާ ކޯރުތަކުގެ ސަބަބުން ފެންބޮޑުވުން ނެދަލޭންޑް އަށް ކުރިމަތި ވެފައި ވެއެވެ. 

މިފަދަ ހާދިސާ ތަކުގެ ސަބަބުން ފެންބޮޑުވުން ކުރިމަތިވަނީ ދެތަނެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. އެއީ ނެދަލޭންޑްގެ އުތުރު ކަނޑުން ކޯރަށް ގުޅިފައިވާ މަގު ނުވަތަ ހުޅުވިފައިވާ ދޮރު ޒައިޑަޒީއާއި، މިއޫޒް ކޯރާއި ރައިން ކޯރު ގުޅިގެން އުފެދިފައިވާ ޑެލްޓާ އެވެ. 

ޑެލްޓާގެ މަޝްރޫއު އޭ ކިޔެނީ ފެންބޮޑުވުމުން ހިމާޔަތް ކުރުމަށްޓަކައި ނެދަލޭންޑްގެ ކޯރުތައް ހުރަސްކޮށް ބިނާކުރެވުނު ޑޭމް، ޑައިކް، ބެރިއަރ، އަދި ފާލަން ފަދަ ތަންތަން ހަދައި ބިންހިއްކުމަށް ހިންގުނު މަޝްރޫއަށް ނިސްބަތްކޮށެވެ. މިގޮތުން ކުރިން ބުނެވުނު ޒާތުގެ ތަފާތު 13 ތަނެއް ކޯރުތައް ހުރަސްކޮށް ހެދުނެވެ. ޑެލްޓާގެ މަޝްރޫޢުގެ ދަށުން 1957ން 1981 ގެ ނިޔަލަށް ބިނާކުރެވުނު ތަންތަނުގެ ތެރޭގައި 40 މީޓަރުގެ އުސްމިނުގައި ރައިން ކޯރާއި އުތުރު ކަނޑު ގުޅޭ ހިސާބުގައި ބިނާކުރެވުނު 4 ޑައިކްއާއި، އަދި އިޖްސެލް ކޯރު ހުރަސްކޮށް 11.5 އުސްމިނުގައި ބިނާކުރެވުނު 3 ޑޭމް އާއި އަދި މިނޫން ބައެއް ތަންތަން ވެސް ހިމެނެއެވެ. 

ޑެލްޓާ މަޝްރޫއުގައި އެންމެ ފާހަގަ ކޮށްލެވެނީ ޝޫވެން ޑީވްލޭންޑް އަދި ނޫޑް ބިވަލޭންޑް އާއި ދެމެދު ހަދާފައިވާ 9 ކިލޯ މީޓަރުގެ ދިގުމިން ހުރި އޫސްޓަރޝީލްޑް ޑޭމް އެވެ. ފުރަތަމަ މިތަން ބިނާކުރުމަށް ނިންމުނީ މުޅިން ބަންދުކޮށްލެވިފައިވާ ތަނެއްގެ ގޮތަށެވެ. ނަމަވެސް ފަހުން ބިނާކުރެވުނީ ތިރިން ފެން ދައުރުވާ ތަނެއްގެ ގޮތަށެވެ. އެގޮތުން ތަފާތު އެތައް ފަހަރެއްގެ މަތިން މޫސުމަށް އަންނަ ބަދަލާއި ގުޅިގެން މިޑޭމްގެ ދަށުން ފެން ދައުރުވުން ބަންދު ކޮށްލެވިފައި ވެއެވެ. 

މިތަން ބިނާކުރުމަށް 65 ކޮންކްރީޓް ޕިއަރ ގަނޑު ބޭނުން ކުރެވިފައި ވެއެވެ. އަދި މިއިން ކޮންމެ ޕިއަރ އެއްގައި 18 ހާސް ޓަނުގެ ބަރުދަން ހުރެއެވެ. މިޑޭމް ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1976 ގައެވެ. އަދި ބިނާކޮށް ނިމިފައިވަނީ 1986 ގައެވެ. ރަސްމީ ކޮށް ހުޅުއްވައި ދެއްވީ 4 އޮކްޓޯބަރ 1986ގައި ރާނީ ބީޓްރިކްސް އެވެ. 

މިއަދު އުތުރު ކަނޑުން ކޯރާއި ގުޅިފައިވާ ތަން ޒައިޑަޒީ ހުރަސްކޮށް ލެވިފައިވާ ޑޭމްއާއި، އަދި އޫސްޓަރ ޝީލްޑް ޑޭމް ވެފައިވަނީ ނެދަލޭންޑްއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަންޒިލްތައް ކަމުގައެވެ.




#Article 160: ރަން ދޮރާށި ފާލަން (326 words)


ރަން ދޮރާށި ފާލަމަކީ އެމެރިކާގެ ސެންފްރެންސިސްކޯ އަދި މެރިން ކައުންޓީ ގުޅުވުމަށް ލެވިފައިވާ ފާލަމެކެވެ. މިއީ 20 ވަނަ ގަރުނުގެ އިމާރާތް ކުރުމުގެ ފަންނުގައި ހޯދާފައިވާ ޢަޖައިބެއް ފަދަ ކުރިއެރުމެކެވެ. މިފާލަން ބިނާކުރެވުނީ ދުނިޔެއަށް މަޝްހޫރު ބޮޑު ތަދު ކުރިމަތިވި ދުވަސްވަރު އެވެ. އަހަރު ތަކެއް ވަންދެން ދުނިޔޭގައިވާ އެންމެ ދިގު އެލުވާލެވިފައިވާ ފާލަން ނުވަތަ ސަސްޕެންޝަން ބްރިޖްގެ ގޮތުގައި މިފާލަން ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި 1964 ވަނަ އަހަރު ވެރަޒޯނާ ނެރޯވްސް ފާލަން ބިނާކުރުމަށްފަހު މިފާލަން މިހާރު ބެލެވެނީ ދުނިޔޭގައި އޮތް ދެވަނައަށް އެންމެ ދިގު އެލުވާލެވިފައިވާ ފާލަންގެ ގޮތުގައެވެ. 

ފާލަން ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1928 ވަނަ އަހަރު އެވެ. ނަމަވެސް ޢަމަލީ ސިފައެއްގައި މަސައްކަތް ފެށިފައިވަނީ 5 ޖެނުއަރީ 1933 ގައެވެ. 1937 ގައި ފާލަން ބިނާކޮށް ނިމުމުގެ ކުރިން އެތަން ނުހެދޭނެ ކަމަށްބުނެ ވާހަކަތައް ފެތުރިގެން ދިޔައެވެ. އެއީ ދުންފިނީގެ ސަބަބުން ޖައްވު ނުސާފުވުމާއި، ގަޑިއަކު 60 މޭލުގެ ބާރުމިނުގައި މޫސުން ގޯސްވުމުގެ ސަބަބުން ވައިޖެހުމުންނާއި، ކަނޑުގެ ރާޅުބާނި ގަދަވެ، ފާލަން ހެދުމުގެ މަސައްކަތަށް ހުރަސްތަކާއި ކުރިމަތި ވުމުންނެވެ. އެހެން ކަމުން މިފާލަން ވަނީ ނުހެދޭނެ ފާލަންގެ ގޮތުގައި މަޝްހޫރު ވެފައެވެ. 

ފާލަން ހަދައި ނިންމުމަށް 4 އަހަރާއި ދުވަސްކޮޅެއް ވެފައި ވެއެވެ. މުޅި ފާލަން ހެދުމުގެ މަސައްކަތަށް 35 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައި ވެއެވެ. ފާލަންގެ ދިގުމިނުގައި 1.2 މޭލު ހުރެއެވެ. ފާލަން ހެދުމުގެ މަސައްކަތުގެ ތެރޭގައި 11 މީހަކު މިދުނިޔެ ދޫކޮށް ގޮސްފައި ވެއެވެ. މިފާލަން ފަރުމާކޮށްފައިވަނީ ޖޯސެފް ސްޓްރައުސް އެވެ. 

ގަޑިއަކު 100 މޭލު ބާރު މިނުގައި ވައިޖެހޭނަމަ ފާލަން ކޮންޓްރޯލް ކުރުމަށް އޭގެ ޒާތުގައި 27 ފޫޓް ދުރަށް ހަރަކާތް ކުރެއެވެ. ނުވަތަ ހެއްލިގެން ދެއެވެ. ފާލަމުގެ ރަސްމީ ކުލައެއްގެ ގޮތުގައި ހޮވިފައިވަނީ އިންޓަނޭޝަނަލް އޮރެންޖް އެވެ. ފާލަމުގެ ދެފަޅީގައިވާ ކޭބަލްގައި 80 ހާސް މޭލުގެ ސްޓީލް ނަރު އެކުލެވިގެން ވެއެވެ. ފާލަން ހުޅުވުމަށް ފަހު މިހާތަނަށް ވައިގަދަވެގެން ފާލަން ބަންދު ކޮށްފައިވަނީ 3 ފަހަރު އެވެ. އެއީ 1951،1981،އަދި 1983 ގައެވެ. 

ފާލަން ބިނާކޮށް ނިމުނު ދުވަސް ވެފައިވަނީ ސެންފްރެންސިސްކޯގެ ތާރީޚުގައި ކާމިޔާބު ދުވަހަކަށެވެ. އެއީ 27 މެއި 1937 އެކެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި 200 ހާސް މީހުން ފާލަން ހުރަސްކޮށް ހިގާފައި ވެއެވެ. ދުއްވާތަކެތި ފާލަން ހުރަސްކޮށް ދުއްވަން ފެށީ އޭގެ 1 ދުވަސް ފަހުންނެވެ. 

ފާލަން ހިފެހެއްޓުމަށް ދެކޮޅު ގައި ހެދިފައިވާ ޓަވަރުތަކުގެ އުސްމިނުގައި 746 ފޫޓް ހުރެއެވެ. އައްސޭރި ފަށުން ފެށިގެން ހިފެހެއްޓުމަށް ލެވިފައިވާ ޓަވަރާއި ދެމެދު 1215 ފޫޓް ހުރެއެވެ. ފާލަން ހިފެހެއްޓުމަށް މަތިން ދެމިފައިވާ ކޭބަލްގެ ވަށަމިނުގައި 3.61 ފޫޓް ހުރެއެވެ. ފާލަން ހުރަސްކޮށް ދަތުރުކުރާ ކޮންމެ ދުއްވާ އެއްޗަކުން 5 އެމެރިކާ ޑޮލަރު ނަގައެވެ. 

ތަފާތު އެތައް ޓީވީ ޕްރޮގްރާމްތައް، ޑޮކިއުމެންޓްރީ އަދި ފިލްމުތަކުގައި ފާލަން ބޭނުންކޮށްފައި ވެއެވެ. އަދި ފާލަމާ ބެހޭ އެތައް ފޮތްތަކެއް ޝާއިޢު ކުރެވިފައި ވެއެވެ. އަދި ތަފާތު ވީޑިއޯ ގޭމްސްތަކުގައި ވެސް ފާލަން ހިމަނާފައި ވެއެވެ. އަދި ވަރަށް ގިނަ ބަޔަކު ފާލަން މަތިން ފުއްމާލައިގެން އަމިއްލައަށް މަރުވެފައި ވެސް ވެއެވެ.




#Article 161: އެވަރެސްޓް ފަރުބަދަ (292 words)


ބުނެވޭ ގޮތުގައި ދުނިޔޭގައިވާ އެންމެ އުސް ހިސާބަކީ އެވަރެސްޓް ފަރުބަދަ ހިމެނޭ ހިސާބެވެ. އަދި މިއީ ދުނިޔޭގައިވާ އެންމެ އުސް ފަރުބަދަ ވެސް މެއެވެ. އޭގެ އުސްމިނުގައި 8848 މީޓަރު ހުރެއެވެ. މި ފަރުބަދަ އޮންނަނީ ނޭޕާލް އަދި ޗައިނާ ވަކިކޮށްދޭ ބޯޑަރު ގައެވެ. 

އެވަރެސްޓް ފަރުބަދަ އަށް ނޭޕާލްގައި ކިޔަނީ ސަގަރްމަތާ އެވެ. މާނައަކީ އުޑުގެ ނިއްކުރި އެވެ. މިނަން ކިޔުނީ 1960ގެ އަހަރު ތަކުގެ ތެރޭގައި ނޭޕާލް ބަހުން ފަރުބަދަ އަށް މުޚާޠަބު ކުރާނޭ ނަމެއް އުފެދިފައި ނެތުމުންނެވެ. އެންމެ ކުރީ ޒަމާނުގައި މިފަރުބަދައަށް ދޭވް ގިރީ އޭ ކިޔާފައި ވެއެވެ. މާނައަކީ  މުޤައްދަސް ފަރުބަދަ އެވެ. 

އެވަރެސްޓް މިނަން ފަރުބަދަ އަށް ދިނީ އެވަރެސްޓް ފަރުބަދައިގެ ދިރާސާތައްކޮށް ހޯދުމަށް ނޭޕާލަށް ދިޔަ އިގިރޭސި ސާވޭޔަރ ޖެނެރަލް އެއްކަމުގައިވާ އެންޑްރޫ ވޯރ އެވެ. މިނަން ނިސްބަތްވަނީ އޭނާއަށް އިރުޝާދު ދިން އިގިރޭސި ކާނަލް އެއް ކަމަށްވާ ޖޯޖް އެވަރެސްޓް އަށެވެ. އެންޑްރޫ ވޯރ މިނަން ދިނީ ޖޯޖް އެވަރެސްޓް އެފަރުބަދައަށް މޮންޓް އެވަރެސްޓް ކިޔާފައިވާތީ އެވެ. އަދި ފަހުން މައުންޓް އެވަރެސްޓް މިނަމަށް ބަދަލުވެގެން އައީ އެވެ. 

އެވަރެސްޓް ފަރުބަދައިގެ މައްޗަކީ ދުނިޔޭގެ އެންމެ އުސް ހިސާބުކަން ހޯދައި އެކަން ޢާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނައީ 1852 ވަނަ އަހަރު އިންޑިޔާގެ ހިސާބު ޢިލްމުވެރިއެއް ކަމުގައިވާ ރަދާނަތު ސިކްދަރު އެވެ. ފަރުބަދައިގެ އުސްމިނުގައި ހުރިކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 8848 މީޓަރު އެވެ. މިއަދަދު ފުރަތަމަ ކަނޑައެޅީ 1955 ވަނަ އަހަރު އިންޑިޔާގެ ސާވޭ ޓީމަކުންނެވެ. އެއަށްފަހު 1975 ވަނަ އަހަރު ޗައިނާގެ ޓީމަކުން ވެސް ވަނީ ކުރިން މިބުނި މިން ފަރުބަދައިގެ އުސްމިނުގައި ހުންނަކަމަށް އިޢުލާން ކޮށްފައެވެ. 

އެވަރެސްްޓް ފަރުބަދައަށް އެެރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ އޮންނަނީ ދެމަގެވެ. އެއީ އިރު ދެކުނު ފަޅިން ނޭޕާލުން އެރެން އޮންނަ މަގަކާއި، ހުޅަގު އުތުރުން ޓިބެޓުން އެރެން އޮންނަ މަގެކެވެ. މީގެ އިތުރުން އާންމުކޮށް އަރައި ނޫޅޭ މަގުތައް ވެސް ހުރެއެވެ. މިދެމަގުގެ ތެރެއިން ނޭޕާލުން އެރެން އޮންނަ މަގަކީ ފަސޭހަ އަދި ގިނަބަޔަކު ފަރުބަދަ އަށް އަރަން ބޭނުންކުރާ މަގެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ. 

ފުރަތަމަ ފަރުބަދައިގެ އެންމެ މަތީގައި ފައިތިލަ ޖައްސާފައިވަނީ އެޑްމަންޑް ހިލަރީ އެވެ. ފަރުބަދައިގެ އެންމެ މަތީގައި އެދެމީހުން ފޮޓޯ ނެގުމަށްފަހު ބައެއް ކަހަލަ މެޓާ އަދި ޞަލީބެއް ސްނޯގަނޑުގެ ތެރޭގައި ވަޅުލާފައި ވެއެވެ. 

ކުރިން ބުނި ދުވަހު ފިލްމް ޕްރޮޑިއުސަރު ޑޭވިޑް ބްރީޝިއަރގެ ޓީމްވެސް އޭނާގެ ފިލްމް އެވަރެސްޓް ޝޫޓްކުރުމަށް މައްޗަށް އެރުމަށް މަސައްކަތް ކުރިއެވެ. އެދުވަހު ސަލާމަތްވި މީހުންނަށް މިޓީމުން ފަރުބަދަ މަތީގައި އެހީތެރިވެ ދީފައި ވެއެވެ. ޑޭވިޑްގެ ޓީމަށް ފަރުބަދައިގެ އެންމެ މައްޗަށް އެރުނީ 23 މެއި 1996 ގައެވެ. ޑޭވިޑްގެ ޓީމްގައި ޓެންޒިންގ ނޯގޭގެ ދަރި ޖަމްބްލިންގ ޓެންޑިންގ ނޯގޭ ވެސް ހިމެނެއެވެ. 




#Article 162: ގްރޭޓް ބެރިއަރ ރީފް (317 words)


މިއީ ދުނިޔޭގައި އޮތް މުރަކައިން އުފެދިފައިވާ އެންމެ ބޮޑު ފަރެވެ. މިފަރު އޮންނަނީ އިރު އުތުރު އޮސްޓްރޭލިޔާގެ ކްއީންސްލޭންޑްގެ އައްސޭރި ފަށުގައެވެ. މިފަރުގެ ދިގުމިނުގައި 2600 ކިލޯ މީޓަރު ހުރެއެވެ. މިފަރު އެކުލެވިގެންވަނީ ވަކިވަކި 3000 ފަރާއި 900 ރަށުގެ މައްޗަށެވެ. 

ގްރޭޓް ބެރިއަރ ރީފް ޔޫރަޕްގެ މީހުންގެ މެދުގައި މަގުބޫލު ވެގެން އައީ 11 ޖޫން 1770 ގައި ކެޕްޓަން ޖޭމްސް ކޫކް މިފަރަށް ޒިޔާރަތްކޮށް ބެލުމަށް ފަހުގައެވެ. އޮސްޓްރޭލިޔާގެ އަސްލު ރަށްވެހިންނަށް މީގެ އެތަކެއް ހާސް އަހަރު ކުރިން ވެސް މިފަރު އެގިފައިވާކަމަށް ބުނެވެއެވެ. މިހާރު ފަރުން ފެންނަށް ހުރި މުރަކައިގެ ބައިތައް ހުރީ މީގެ 18000 އަހަރު ކުރިން އުފެދިފައި ހުރި ޕްލެޓް ފޯމެއްގެ މަތީގައި ކަމަށް ބުނެވެއެވެ. 

ގްރޭޓް ބެރިއަރ ރީފް ގައި ތަފާތު 30 ބާވަތުގެ ބޮޑު މަސް، މިޔަރު ފަދަ ތަކެތި އުޅޭކަމަށް މިހާތަނަށް ރިކޯޑް ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ޑްވާރފް މިންކީ ވޭލް، އިންޑޯ ޕެސިފިކް ހަމްޕެކް ޑޮލްފިން، އަދި ހަމްޕެކް ވޭލް ހިމެނެއެވެ. އަދި ގިނަ އަދަދަކަށް ޑޫގޮންގ ވެސް އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ތަފާތު 6 ވައްތަރެއްގެ ވެލާ އުޅެއެވެ. އޭގެތެރޭގައި ގްރީން ސީ ޓާޓްލް، ލެދަރ ބެކް ޓާޓްލް، ހޯކްސް ބިލް ޓާޓްލް، ލޮގަހެޑް ސީ ޓާޓްލް، ފްލެޓް ބެކް ޓާޓްލް، އަދި އޮލިވް ރިޑްލޭ ޓާޓްލް ހިމެނެއެވެ. 

ގްރޭޓް ބެރިއަރ ރީފް ހިމެނޭ ހިސާބުގައި 200 އަށްވުރެ ގިނަ ބާވަތްތަކުގެ ދޫނި ވެސް ދިރިއުޅެއެވެ. އޭގެ ތެރޭގައި ބައެއް ބާވަތުގެ ބާޒު، ހޯރަ އަދި ރާބޮދި ފަދަ ދޫނިތައް ހިމެނެއެވެ. 5000 ބާވަތުގެ ބޮލި، ފިނިހަކަ، ގާހަކަ، ފަދަ ތަކެތި އުޅޭކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ. އޭގެ ތެރޭގައި ކޯނެއްގެ ސިފަޔަށް ހުންނަ ފިނިހަކަ އަދި އާދަޔާ ޚިލާފަށް ބޮޑެތި ގާހަކަ ހިމެނެއެވެ. 14 ބާވަތުގެ ކަނޑު ހަރުފަ އުޅޭއިރު 1500 ބާވަތުގެ މަސް އުޅޭ ކަމަށް ވެއެވެ. 400 ބާވަތުގެ ގާ ހުންނަ އިރު، 15 ވައްތަރުގެ މޫދު ވިނަ، އަދި 500 ވައްތަރުގެ ސީވީޑް ފެނިފައި ވެއެވެ. 

ދުނިޔެ ހޫނުވުމުގެ މައްސަލައަކީ ގްރޭޓް ބެރިއަރ ރީފްގެ ދިރުމަށް އަސަރު ކުރާނޭ ކަމެއްކަމަށް ސައިންސްވެރިން މިހާރު ވެސް ދަނީ އިންޒާރު ދެމުންނެވެ. ދުނިޔެ ހޫނުވުމުން މުރަކަތަކަށް އޭގެ އަސަރުކޮށް މުރަކަތަކުގެ ހަގީގީ ކުލަ ގެއްލި ހުދު ކުލައަށް މުރަކަތަކުގެ ކުލަ ބަދަލު ވެގެން ދެއެވެ. މާބޮޑަށް ހޫނު ކަންމަތީ މުރަކަތައް ދެމިހުރެއްޖެނަމަ މަހެއްހާ ދުވަހުގެ ތެރޭގައި މުރަކަތައް މަރުވެ ދިއުމަކީ ގާތްކަމެކެވެ. 

ގްރޭޓް ބެރިއަރ ރީފް ހިމެނޭ ހިސާބުގައި މަސްވެރިކަން ކުރުން އޮންނަނީ ކްއީންސް ލޭންޑްގެ ގާނޫނީ އިދާރާތަކުން ކޮންޓްރޯލް ކޮށްފައެވެ. ގާތް ގަނޑަކަށް 2000 އެއްހާ މަސްވެރިން މިހިސާބުގައި އަބަދު ވެސް މަސްވެރިކަން ކުރެއެވެ. ބޯޓް ތަކުން ބޭރުކުރާ ވިހަ މާއްދާތަކުންނާއި، މަސްވެރިންގެ ޢަމަލުތަކުގެ ސަބަބުން މަދުން ނަމަވެސް ފަރަށް ގެއްލުން ލިބެމުންދާ ކަމަށް ވަނީ ފާހަގަވެފައެވެ. އަހަރަކު މިފަރު ބަލަންދާ މީހުންގެ އަދަދު 2 މިލިއަނަށް އަރައެވެ. އަދި މިތަނުން ލިބޭ އާމްދަނީ 4 ބިލިއަން އޮސްޓްރޭލިއަން ޑޮލަރަށް އަރައެވެ.




#Article 163: ގްރޭންޑް ކެންޔަން (254 words)


ގްރޭންޑް ކެންޔަން އަކީ އެމެރިކާގެ އުތުރު އެރިޒޯނާގެ ކޮލޮރާޑޯ ކޯރުގައި ދެފަރާތުން ފަރުބަދަތައް ހުރެފައި މެދުން ހަނިކޮށް އޮންނަ ފުން ވާދީ އެކެވެ. ނުވަތަ އުސް ފަރުބަދަ ތަކުގެ މެދުން ތިރީގައި އުފެދިފައި އޮންނަ ކޯރުގެ ބައެކެވެ. ކެންޔަންގެ މާނައަކީ ފެން އޮންނަ ފުން ވަޅުގަނޑު އެވެ. މިވާދީގެ ބޮޑު ބައި އޮންނަނީ އެރިޒޯނާގެ ގްރޭންޑް ކެންޔަން ނޭޝަނަލް ޕާރކްގެ ތެރޭގައެވެ. މިއީ އެމެރިކާގައި އެންމެ ކުރިން ހެދުނު ޕާރކް ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. 

ގްރޭންޑް ކެންޔަން ހިމެނޭ ހިސާބުގައި އެންމެ ފުރަތަމަ އުޅުނު ކަމަށް ހެކިދެނީ ޕޫބްލޯ ދަރިކޮޅު ނުވަތަ ގަބީލާގެ މީހުންނެވެ. މިގަބީލާގެ މީހުން އެހިސާބުގައި އުޅުނު ކަމަށްވަނީ 13 ވަަނަ ގަރުނުގެ ތެރޭގައެވެ. މިއަދު މިހިސާބުގައި ގާތްގަނޑަކަށް 200 ވަރަކަށް ގަބީލާގެ މީހުން އުޅޭކަމަށް ވެއެވެ. އޭގެ ތެރޭގައި ހަވާސް ޕާއީ، ހުވަލާ ޕާއީ، ޕައިޔުޓިސް، ޑިނޭހް، އަދި ސިނައުގާ އޭ ކިޔޭ ގަބީލާތަކުގެ މީހުން ހިމެނެއެވެ. 

ގްރޭންޑް ކެންޔަންގެ ދިގުމިނުގައި 446 ކިލޯ މީޓަރު ހުރެއެވެ. ފުން މިނުގައި 1620 މީޓަރު ހުރެއެވެ. މިކެންޔަން ހިމެނޭ ހިސާބުގައި ވަށައިގެންވާ ފަރުބަދަ ތަކާއި، އުސްގަނޑުތަކުގައިވާ އާއްމު ކުލައަކީ ރަތް ކުލައެވެ. ނަމަވެސް އަޅި ބަނަފްސާ، ފެހި އަދި ޗޮކްލެޓް ކުލައިގެ ހިލަތައް ވެސް މަދުން ނަމަވެސް ހުންނަ ކަމަށްވެއެވެ. އިރުގެ އަލި އެޅިފައި ހުންނަ ގޮތަކުން ހިލަތަކުގެ ކުލަ ބަދަލުވެފައި ހުންނަހެން ހީވުމަކީ ވެދާނެ ގޮތެކެވެ. 

ގްރޭންޑް ކެންޔަން ހިމެނޭ ހިސާބަށް ޔޫރަޕުން ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ 1540 ވަނަ އަހަރު ސްޕޭންގެ ގާސިއާ ލޯޕޭޒް އެވެ. އެހެން ކަމުން ގްރޭންޑް ކެންޔަން ހޯދި މީހާގެ ލަގަބު ލިބެނީ ގާސިއާ ލޯޕޭޒް އަށެވެ. އެއަށްފަހު 1776 ވަނަ އަހަރާއި ހަމައަށް ގްރޭންޑް ކެންޔަން އަށް މީހަކު ޒިޔާރަތް ކޮށްފައެއް ނުވެއެވެ. 1860ގެ އަހަރުތަކުގެ ފަހުކޮޅު އެމެރިކާގެ ޖޯންސް ވެލީ ޕަވަލް މިސަރަހައްދު ދިރާސާކޮށް ބަލައި ހޯދާފައި ވެއެވެ. 

ގްރޭންޑް ކެންޔަންގެ އުތުރު ބިތުން ލެވިފައިވާ ފަރުބަދަތަކުގެ އުސްމިން ދެކުނު ބިތުން ލެވިފައިވާ ފަރުބަދަތަކަށްވުރެ 300 މީޓަރު އުސްކަމަށް ވެއެވެ. އެހެން ކަމުން އުތުރު ބިތުގައި ފިނިހޫނު މިން ދަށްކަމަށް ވެއެވެ. އުތުރު ބިތް ކަނޑުގެ ސަތަހައަށްވުރެ 8000 ފޫޓް އުސްކަމަށް ވެއެވެ. 

ގްރޭންޑް ކެންޔަންގެ އެންމެ ތިރީގައި އުފެދިފައިވާ ކޯރުގެ އަޑީގައި ނުވަތަ ތަޅުމުގައި ގްރެނައިޓް ހިލަ ހުންނަ ކަމަށް ވެއެވެ. އަދި އެހިލަތަކުގެ ޢުމުރު ގާތްގަނޑަކަށް 400 މިލިއަން އަހަރު ވެދާނޭ ކަމަށް ވެއެވެ.




#Article 164: ވިކްޓޯރިއާ ފޯލް (262 words)


ވިކްޓޯރިއާ ވޯޓަރ ފޯލް އަކީ ދުނިޔޭގައިވާ އެންމެ މަޝްހޫރު އެއް ވޯޓަރ ފޯލް އެވެ. މި ވޯޓަރ ފޯލް އޮންނަނީ ޒެމްބިއާ އަދި ޒިމްބާބުވޭގެ ބޯޑަރުގައި އޮންނަ ޒެމްބްޒީ ކޯރުގައެވެ. މިވޯޓަރ ފޯލްގެ އުސްމިނުގައި 128 މީޓަރު އަދި ފުޅާ މިނުގައި 1 މޭލު ހުރެއެވެ. 

ޒެމްބްޒީ ކޯރު ހުރަސްކޮށް ހަދާފައިވާ 5 ބްރިޖްގެ ތެރެއިން އެއް ބްރިޖް ހަދާފައިވަނީ މި ވޯޓަރ ފޯލް ހިމެނޭ ސަރަހައްދުގައެވެ. ރޭލު ދަތުރުކުރާނޭ މަގެއްގެ ގޮތުގައި މިބްރިޖް ހަދާ ނިންމާފައިވަނީ 1905 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 250 މީޓަރުގެ ދިގު މިބްރިޖް ހަދާފައިވަނީ 125 މީޓަރު އުހުގައެވެ. މިއަދު މިބްރިޖް އެހީގައި ވިކްޓޯރިއާ ޓައުން، ލިވިންގ ސްޓޯން، ބްލަވާޔޯ އަދި ލަސްކާ އަށް ރޭލުގައި ވާޞިލް ވެވިދާނެ އެވެ. 

ވިކްޓޯރިއާ ވޯޓަރ ފޯލް އިން ފެންތައް ފައިބަމުންދާއިރު އުފެދޭ ދުންފިނި، އަދި ސްޕްރޭ 1000 ފޫޓް މައްޗަށް އަރައިގެންދާ ކަމަށް ވެއެވެ. އަދި 50 ކިލޯ މީޓަރު ދުރުންވެސް މި ދުންފިނި ފެންނާނޭ ކަމަށް ލަފާކުރެވެއެވެ. 

ވެޓް ސީޒަން ނުވަތަ ތެތް މޫސުން ގައި 500 މިލިއަން ލިޓަރަށްވުރެ ގިނަ ފެން މިނިޓަކު ވޯޓަރ ފޯލް އިން ފައިބާކަމަށް ވެއެވެ. 1958 ވަނަ އަހަރު ޒެމްބްޒީ ކޯރުގެ ފެންގަނޑު ބޮޑުވުމުގެ ސަބަބުން މިނިޓަކު 770 މިލިއަން ލިޓަރަށްވުރެ ގިނަފެން ފޭބިކަމަށް ވެއެވެ. މިވޯޓަރ ފޯލް އިން ފައިބާފެން ވާޞިލްވަނީ ހަނި ވާދީ އަކަށެވެ. 

ކުރިން ބުނެވުނު ބްރިޖް ހެދުނު ފަހުން ވިކްޓޯރިއާ ވޯޓަރ ފޯލް އަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ. 1960 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިތަނަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު މަދުވެގެން ދިޔައެވެ. އެއީ އެދުވަސްވަރު ޒިމްބާބުވޭގެ ގެރިންލާއިންގެ ސަބަބުން ފަތުރުވެރިންނަށް ތަފާތު ނުރައްކާތަކާއި ކުރިމަތިވާތީއެވެ. 

ވިކްޓޯރިއާ ވޯޓަރ ފޯލް އަކީ ދެ ނޭޝަނަލް ޕާރކެއްގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. އެއީ ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާރކް އަދި ޒިމްބާބުވޭގެ ވިކްޓޯރިއާ ފޯލް ނޭޝަނަލް ޕާރކް އެވެ. ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާރކް ގެ ބޮޑުމިނުގައި 66 އަކަ ކިލޯ މީޓަރު ހުރެއެވެ. އަދި ޒިމްބާބުވޭގެ ވިކްޓޯރިއާ ފޯލް ނޭޝަނަލް ޕާރކް ގެ ބޮޑުމިނުގައި 23 އަކަ ކިލޯ މީޓަރު ހުރެއެވެ. މިޕާރކް ތަކުގައި ޒަރާފާ، ކަނޑުގެރި، އެތް އަދި ބަފަލޯ ފަދަ ތަފާތު ބާވަތްތަކުގެ ޖަނަވާރުތައް ވެއެވެ. ޒެމްބިއާގައި އޮތް ހަމައެކަނި ހުދު ދެ ރައިނޯ އޮތީ ޒެމްބިއާގެ މޮސިއުއާ ތުންޔާ ނޭޝަނަލް ޕާރކް ގައެވެ.




#Article 165: ރިއޯޑީ ޖެނެއިރޯގެ ބަދަރު (207 words)


މީލާދީން 16 ވަނަ ގަރުނު ފެށުނު ތަނާހެން ޕޯޗްގީޒުގެ ދަތުރުވެރިން ބްރެޒީލް އަށް ދަތުރުކޮށްފައި ވެއެވެ. މިގޮތުން 1 ޖެނުއަރީ 1502 ގައި ބްރެޒިލްގައި ފަރުބަދަތައް ވަށައިގެން ލެވިފައިވާ ހަނިމަގަކުން ވަދެވެން އޮންނަ އައްސޭރިއަކަށް ވާޞިލް ވިއެވެ. މިބުނި މަގުން ވަންނަ އިރު 20 މޭލުގެ ދިގުމިނަށް ދެމިފައިވާ ފެންގަނޑެއް ވެއެވެ. އަދި އެމީހުން މިހިސާބަށް ޖެނުއަރީ ފުރަތަމަ ދުވަހުގެ ކޯރު މިނަމުން ނަންދިނެވެ. 

މިބުނި ފެނުގެ ބޮޑު މަގަކީ ހަގީގަތުގައި ކޯރެއް ނޫނެވެ. އެކަމަކު އެއީ ކަނޑާއި ގުޅިގެން އައިސް ޝަހަރުގެ ތެރެއަށް ވަދެފައިވާ ކަނޑު އޮޅި އެކެވެ. ބްރެޒިލްގެ ޓަމޮއިއޯ ދަރިކޮޅުގެ މީހުން މިތަނަށް ގްއަނަބަރާގެ ނަމުން ނަންދީފައި ވެއެވެ. މާނައަކީ ކަނޑުގެ މުލައްދަނޑި އެވެ. ފުއްޕާ ހަމެއްގެ ބައްޓަމަށް އޮންނަ ގްއަނަބަރާ ކަނޑު އޮޅީގެ ބަދަރުގެ އައްސޭރީގައި ހުޅަގަށް އޮންނަ ހިސާބަށް މިއަދު ކިޔަނީ ރިއޯ ޑި ޖެނެއިރޯ އެވެ. މީގެ މާނައަކީ ޖެނުއަރީ ގެ ކޯރު އެވެ. އެހެން ކަމުން ރިއޯ ޑި ޖެނެއިރޯގެ ބަނދަރު ކަމުގައި ބެލެވެނީ ގްއަނަބަރާ ކަނޑު އޮޅިއާއި އެޓްލާންޓިކް ކަނޑު ގުޅިފައިވާ ހިސާބުން އެތެރެއެވެ. 

ފެންނަ ފެނުމަށް ކޯރެއްގެ ސިފަޔަށް އޮންނަ މިބަދަރަކީ މިއަދު ރިއޯ ޑި ޖެނެއިރޯ އަށް ޒިޔާރަތް ކުރާ މީހުންގެ ހިތްތަކުގައި އަޅައިގަންނަ އެންމެ ހިތްގައިމު އެން މަންޒަރުކަމަށް ވަނީ ވެފައެވެ. ޔޫރަޕް މީހުން މިތަނަށް ބޯޓަފޯގޯގެ ކުޑަ ކަނޑުއޮޅި މިނަމުން މުޚާތަބު ކޮށްފައި ވެއެވެ. އަދި ކުރިން ޓަމޮއިއޯ ދަރިކޮޅުގެ މީހުން ގްއަނަބަރާ ކަނޑު އޮޅީގެ އިރުމަތީ އައްސޭރި ފަށަށް ނިޓެރޯއީގެ ނަންދީފައި ވެއެވެ. މާނައަކީ ފޮރުވިފައިވާ ފެންތައް މިއެވެ. 

ރިއޯ ޑި ޖެނެއިރޯ ބަދަރުގެ ވަށައިގެންވާ ފަރުބަދަތަކުގެ ތެރެއިން އެންމެ އުސް ފަރުބަދަ އަށް ކިޔަނީ ކޯކޮވާޑޯ އެވެ. ކްރިސްޓް ޛަ ރިޑީމަރގެ ނަމުން ނަންދީފައިވާ ބުދު ހުންނަނީ މިފަރުބަދަ މަތީގައެވެ. އެއީ ހަަމަބިމަށްވުރެ 2300 ފޫޓް އުހުގައެވެ. މިއަދު ރިއޯ ޑި ޖެނެއިރޯ އަށް ޒިޔާރަތްކުރާ މީހުންގެ އެންމެ މުހިއްމު އެން ޕޮއިންޓަކީ މިބަދަރެވެ. 




#Article 166: ޕަރިކްޓީން އަލިފާން ފަރުބަދަ (247 words)


ޕަރިކްޓީން އަލިފާން ފަރުބަދަ އަކީ މެކްސިކޯގެ މީކޯކަން ސިޓީގައި އިންނަ އަލިފާން ފަރުބަދަ އެކެވެ. މިފަރުބަދަ އިންނަނީ ވެރިރަށް މެކްސިކޯ ސިޓީގެ ހުޅަގުން 200 މޭލުގެ ދުރުމިނުގައެވެ. މިފަރުބަދަ ހިމެނޭ ހިސާބު ގަނޑުގެ މީހުން ވާހަކަ ދައްކާ ޓެރަސްކަން ބަހުން ޕަރިކްޓީން ގެ މާނައަކީ އަނެއް ފަރާތުގައި އެވެ. މިފަރުބަދަ ހިމެނޭ އަވަށަށްް ވެސް ކިޔަނީ ހަމަ ޕަރިކްޓީން އެވެ. 

ފަރުބަދަ ފުރަތަމަ ގޮވާން ފަށައިފައިވަނީ 20 ފެބުރުއަރީ 1943 ގައެވެ. ފަރުބަދަ ގޮވާ މަންޒަރު ފުރަތަމަ ފެނިފައިވަނީ އެހިސާބު ގަނޑުގެ ދަނޑުވެރިއެއް ކަމުގައިވާ ޑިއޮނިސޯ ޕްލީޑޯ އަށެވެ. ފަރުބަދަ ގޮވަން ފެށުމުގެ 3 ހަފްތާކުރިން އެހިސާބު ގަނޑުގެ މީހުންނަށް ގުގުރި ޖަހާ އަޑާއި ވައްތަރުގެ އަޑުތަކެއް އިވުނު ކަމަށް ބުނެވެއެވެ. 

ފަރުބަދަ ގޮވަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި 50 މީޓަރުގެ އުސްމިނަށް ކޯން އެއްގެ ސިފަޔަށް އަލިފާން ގަނޑު އުފުލި ފައިވެއެވެ. އޭގެ 6 ދުވަސް ފަހުން އުސްމިން 150 މީޓަރަށް އުފުލިގެން ދިޔައެވެ. އަދި އޭގެ އަހަރެއް ފަހުން ފަރުބަދަ 336 މީޓަރުގެ އުސްމިނަށް ބޮޑުވެ، އުފުލިގެން ދިޔައެވެ. ފުރަތަމަ ފަހަރު ފަރުބަދަ ގޮވައިގެން އުފެދިގެން ދިޔަ އަޑުފަންގަނޑު 350 ކިލޯ މީޓަރު ދުރަށް އަޑުއިވުނު ކަމަށް ބުނެވެއެވެ. 

ފަރުބަދަ ފުރަތަމަ ގޮވުމުގެ 1 ދުވަސް ކުރިން 19 ފެބުރުއަރީ 1943ގައި ފަރުބަދަ ހުރި ހިސާބުގައި 300 އަށްވުރެ ގިނަ ކުދި ބިންހެލުންތައް އުފެދިގެން ދިޔަކަމަށް ބުނެވެއެވެ. ފުރަތަމަ ފަރުބަދަ ގޮވުމަށް ފަހު 8 އަހަރު ދުވަހުގެ މުއްދަތަށް ފަރުބަދަ ގޮވަމުން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ފަރުބަދައިގެ ވަށައިގެން 25 އަކަ ކިލޯ މީޓަރުގެ ދަނޑުބިން އަދައިގެންވަނީ ގޮސްފައެވެ. 1952 ވަނަ އަހަރު ފަރުބަދަ ގޮވުން ހުއްޓުނު އިރު އުސްމިން ހުރީ އިތުރުވަމުން ގޮސް 424 މީޓަރަށް އުފުލި ފައެވެ. 

ޕަރިކްޓީން ފަރުބަދަ ހުންނަ ހިސާބަށް ކިޔަނީ މެކްސިކަން ވޮލްކެނިކް ބެލްޓް އެވެ. މިހިސާބުގައި ޖޮރޫލޯ ކިޔާ އަލިފާން ފަރުބަދަ އެއް ވެސް ވެއެވެ. މިބުނި ބެލްްޓް ދެކުނު މެކްސިކޯގެ އިރުން ހުޅަގަށް 700 މޭލަށް ދެމިގެން ގޮސްފައި ވެއެވެ. 1759 ވަނަ އަހަރު އެންމެ ފުރަތަމަ ގޮވަން ފެށި ޖޮރޫލޯ ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1774 ވަނަ އަހަރު އެވެ. މި ދެފަރުބަދަ ގޮވުމުގެ އިތުރުން މިބުނި ވޮލްކެނިކް ބެލްޓްގެ ތެރޭގައި ތަފާތު 14 ހާސް ކުދި ހާދިސާ ތައް ހިގާފައި ވެއެވެ. 




#Article 167: އުތުރުގެ އަލިތައް (367 words)


މިއީ ދުނިޔޭގެ ދެކޮޅު (އުތުުރު ބިތް އަދި ދެކުނު ބިތް) ހިމެނޭ ހިސާބުން ރޭގަނޑު އުޑުމަތިން ފާހަގަވާ އަލިގަނޑެކެވެ. ނުވަތަ ޕޯލާރ ޒޯން އިން ބައެއް ފަހަރު ރޭގަނޑު ފެންނަ އަލިގަނޑެކެވެ. މިސަބަބަށްޓަކައި އަރޯރާ ޕޯލާރިސް މިއަލިތަކަށް ނިސްބަތްކޮށް ކިޔައި އުޅެއެވެ. ދުނިޔޭގެ އުތުރު ބިތުން ފެންނަ މިވައްތަރުގެ އަލިތަކަށް އަރޯރާ ބޮރެއާލިސް، އަދި ދެކުނު ބިތުން ފެންނަ އަލިތަކަށް އަރޯރާ އޮސްޓްރާލިސް އޭ ކިޔައި އުޅެއެވެ. 

ޢާންމު ގޮތެއްގައި އުތުރުގެ އަލިތަކޭ ކިޔަނީ އުތުރު ބިތުން ފެންނަ ނުވަތަ ފާޅުވާ މިވައްތަރުގެ އަލިތަކަށް ނިސްބަތް ކޮށެވެ. އަރޯރާ ބޮރެއާލިސްގެ ނަންދެވިފައިވަނީ އިހުޒަމާނުގައި ގްރީކުންގެ ފަތިހުގެ ކަލާންގެ އަރޯރާ، އަދި ގްރީކު ބަހުން އުތުރުން ޖެހޭ ވަޔަށް ކިޔައި އުޅޭ ބޮރެއާލިސް އާއި ގުޅުވައިގެންނެވެ. ގްރީކުންގެ މެދުގައި އުތުރުން ޖެހޭ ވައިގެ ކަލާންގެ އަށް ވެސް ކިޔަނީ ބޮރެއާލިސް އެވެ. 

މިއަލިތައް ޢާންމުގޮތެއްގައި އުތުރު ފަރާތުގެ އުދަރެހުން ފާޅުވަނީ މަޑު ރަތްކުލައެއްގައެވެ. އަރޯރާ ބޮރެއާލިސް އޭ ކިޔޭ އަލިތައް ޢާންމު ގޮތެއްގައި ފާޅުވަނީ ސެޕްޓެމްބަރުން އޮކްޓޯބަރަށް އަދި މާރޗުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ނޯރވޭގެ އުތުރުގެ ސަރަހައްދުން މިއަލިތައް އެންމެ ސާފުކޮށް ފެންނަށް ހުންނަނީ އޮކްޓޯބަރު، މާރޗް އަދި އޭޕްރީލް މަހުގެ ތެރޭގައެވެ. 

އާދަޔާ ޚިލާފަށް އިރުގެ ހަރަކާތްތައް މަތިވެފައިވާނަމަ ނޯރވޭގެ އެންޑިނެސް އަށް އުޑުމަތި ސާފު އަދިރި ކޮންމެ ރެއަކު ފެނެއެވެ. އެމެރިކާގެ އެލަސްކާ އަށް ކޮންމެ މަހަކު 5-10 ފަހަރާއި ދެމެދުގެ މިންވަރަކަށް ފެނެއެވެ. ނޯރވޭގެ އޮސްލޯ އަށް މަހަކު 3 ރޭ ފެނެއެވެ. އެމެރިކާ އަދި ކެނެޑާ ގުޅުވައިދޭ ބޯޑަރު އޮންނަ ހިސާބަށް އަހަރަކު 2-4 ފަހަރު ފެނެއެވެ. މެކްސިކޯ އަދި މެދުތެރޭ ކަނޑުގެ ގައުމުތަކަށް ކޮންމެ 100 އަހަރަކުން 1 ފަހަރު ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ސައިންސްވެރިން ބުނެއެވެ. 

ބުނެވޭގޮތުގައި މިއަލިތައް އުފެދެނީ ވަކި މިންވަރެއްގެ ބާރު ނުވަތަ ހަކަތަ އުފައްދައިދޭ އިލެކްޓްރޯން ތަކެއްގެ ސަބަބުންނެވެ. ނުވަތަ 1500-1000 ޥޯޓާއި ދެމެދުގެ ބާރު މިނުގައި ދައުރުވާ އިލެކްޓްރޯއިން އުފައްދައިދޭ ހަކަތައިންނެވެ. އަލިތައް އުފެދެނީ 150-80 ކިލޯ މީޓަރު އުހުގައި ޖައްވުގެ ތެރޭގައި މި އިލެކްޓްރޯންތަކާއި ޖައްވުގެ ތެރޭގައި ހިމެނޭ ވައިގެ ޒައްރާތަކާއި ޖެހި ފުށު އަރާގޮތް ވުމުންނެވެ. ބައެއް ފަހަރު މިއަލިތައް ފެންނަނީ އުޑުމަތީގައި އިރުން ހުޅަގަށް ދަމާލެވިފައިވާ ފަރުދާތަކެއްގެ ސިފައިގައެވެ. އަނެއް ބައި ފަހަރު ވަށްބުރެން ހެން ނުވަތަ ވިއްސާރަ ދުންޏެއްހެން ވެސް ފާޅު ވެއެވެ. 

ބައެއް ތިއަރީތައް ބުނާގޮތުން މިއަލިތައް އުފެދިގެން އަންނަނީ އިރުން ފޮނުވާ ނުވަތަ ބޭރުކުރާ ސޯލާރ ޕާޓިކްލް ތަކުންނެވެ. ފަޒާގެ ތެރޭގައި ހުންނަ މިޕާރޓިކްލް ތައް ޕްލާޒްމާ ކްލައުޑްގެ ގޮތުގައި ސިކުންތަކު 1000-300 ކިލޯ މީޓަރާއި ދެމެދުގެ ބާރު މިނުގައި ފަޒާގެ ތެރޭގައި ދައުރުވެއެވެ. އެހެން ނަމަވެސް މިޕްލާޒްމާ ކްލައުޑްތައް އަހަރެމެންގެ ބިމާއި ހަމައަށް ވާޞިލްވުމަށް 3-2 ދުވަސް ނަގައެވެ. ބިމާއި ކައިރިވުމުން ބިމުގައި ހުންނަ ދަގައްފާނީ ބާރުގެ އެހީގައި ދުނިޔޭގެ ދެކޮޅަށް މިބުނި ކްލައުޑްތައް ގެންދެއެވެ. 

ފަޒާގެ ތެރޭގައި ދުނިޔޭގެ ދެކޮޅުގައި މިބުނި ސޯލާރ ޕާޓިކްލް ތައް ޖަމާވުމުން ޖައްވުގެ ތެރޭގައި ހިމެނޭ ވައިގެ ޒައްރާތަކާއި، ޖެހި ފުށުއަރައި ހަކަތައެއް އުފައްދައެވެ. އަދި އަރޯރާ ނުވަތަ އަލިގަނޑުތައް އުފެދިގެން ދެއެވެ. 

މީލާދީން 1741 ގައި ހިއޯޓަސް އަދި ސެލްޒިއަސް މިއަލިތަކުގެ ތެރޭގައި އިލެކްޓްރިކް ކަރަންޓް ހުންނަކަން ހޯދިއެވެ. އުތުރުގެ އަލިތަކަށް އޭގެ ސައިންޓިފިކް ނަން އަރޯރާ ބޮރެއާލިސް އެންމެ ފުރަތަމަ ދިނީ އިޓަލީގެ އިލްމުވެރިއެއް ކަމުގައިވާ ގެލީލިއޯ ގެލީލީ އެވެ. މިއަލިގަނޑު ބެލުމަށް އަލިގަނޑު ފާޅުވާ ހިސާބަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ޒިޔާރަތް ކުރެއެވެ. 




#Article 168: ކުޑަ ދަރިފުޅުގެ ހިތުގެ ތެޅުން ހުންނަ ގޮތް ބެލުން (446 words)


ވިހެއުން ނުވަތަ ކުޑަދަރިފުޅު މިދުނިޔެއަށް އުފަންވާ ވަގުތަކީ މައިމީހާއާއި، ކުޑަދަރިފުޅަށް ހާސްކަން އެންމެ ބޮޑަށް އިތުރުވާ ވަގުތެވެ.ސަމާލުކަން ބޭނުންވާ ވަގުތެއްގައި މައްސަލައެއް ނުވަތަ ކަމެއް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. އެހެންކަމުން ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހިތުގެ ތެޅުން ނުވަތަ ހިތް މަސައްކަތްކުރާގޮތް ރަގަޅުތޯ ޔަގީންކުރުމަށްޓަކައި ޗެކްކުރެވެއެވެ. ކުޑަދަރިފުޅުގެ ހިތުގެ މަސައްކަތަށް ބަދަލެއް އައިސްފައިވާނަމަ އެއީ ކޮންމެވެސް މައްސަަލައެއް ހުރިކަމުގެ ނިޝާނެކެވެ. ވިހެއުމުގެ ތެރޭގައި އަބަދުވެސް ކޮންމެވެސް ސިފައެއްގައި ދަރިފުޅުގެ ހިތުގެ މަސައްކަތް ހުރި ގޮތް ބެލެވެއެވެ. ވިހެއުމުގެކުރިން ކޮންމެވެސް ދުވަސްވަރެއްގައި ކުޑަދަރިފުޅުގެ ހިތުގެ ތެޅުމަށް ބަދަލު އާދެއެވެ. މިގޮތަށް ކުޑަދަރިފުޅުގެ ހަށިގަނޑު ބެލުން ނުވަތަ މޮނީޓަރ ކުރުމުގެ މާނައަކީ މައްސަލަތައް ކުރިމަތިވުން މަދުވުމެއް ނޫނެވެ. އެކަމަކު މީގެ ބޭނުމަކީ އެފަދަ މައްސަލައެއް ( ހިތުގެ ތެޅުމަށް ބަދަލު އައުން ) ހުރިކަން ފާހަގަވިނަމަ ޞިއްޙީ ލަފާދޭ ބޭފުޅުން ނުވަތަ ޑޮކްޓަރުންނާއި، ނަރުހުން އެކަމަށް ސަމާލުވެ، ތައްޔާރުވެ ތިބުމެވެ. އެއްވެސް ބާވަތެއްގެ ފީޓަލް މޮނީޓަރިންގ(Fetal monitoring)އަކީ ފުރިހަަމަ ޓެސްޓެއް ނޫނެވެ. މިއަދު މޮނީޓަރ ކުރުމަށް ބޭނުންކުރެވޭ ހުނަރުތައް ވަނީ އެތައް ގުނައަކަށް ތަރައްގީކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ވިހެއުމުގެ ކުރިން ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ނުވަތަ މަސައްކަތްކުރުމުގައި މައްސަލައެއް ހުރިނަމަ ދެނެގަނެވިދާނެއެވެ. 
ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ހުންނަގޮތް ބެލުމަކީ ވަކިގޮތަކަށް ދީ އުޅޭ ފަރުވާގެ ބައެކެވެ. އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ(Electronic fetal monitoring)އަކީ ވިހެއުމުގެ ތެރޭގައި ކުޑަދަރިފުޅުގެ ހިތުގެ ތެޅުމުގެ އިޖާބަދިނުންތައް މައިމީހާގެ ރަހިމުގެ ކޮންޓްރެކްޝަން އަށް ހުންނަ ނުހުންނަގޮތް ބެލުމަށް ވަރަށް ރަގަޅު ގޮތެކެވެ. މިގޮތަށް ބަލާއިރު ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ބެލުމަށް އިކްއިޕްމެންޓް އެއް ބޭނުންކުރެވެއެވެ. ހަމައެއާއެއްވަގުތެއްގައި ރަހިމުގެ ކޮންޓްރެކްޝަން(Contraction) ހުރި މިންވަރު ވެސް ބަލައެވެ. މިގޮތަށް ރަހިމުގެ ކޮންޓްރެކްޝަން ވެސް ބެލެނީ އިލެކްޓްރިކް އިކްއިޕްމެންޓް އެއްގެ އެހީގައެވެ. 
ކުޑަދަރިފުޅުގެ ހިތުގެ މަސައްކަތް ހުންނަ ނުހުންނަގޮތް ވިހެއުމުގެ އެކި މަރުހަލާތަކުގައި ބެލެވެއެވެ. އާންމުގޮތެއްގައި ކޮންމެ 5މިނިޓަކުން ނުވަތަ 30މިނިޓަކުން މިގޮތަށް ބަލައި ޗެކްކުރެވެއެވެ. 

 
އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ގައި އިކްއިޕްމެންޓެއްގެ އެހީގައި މައިމީހާގެ ރަހިމުގެ ކޮންޓްރެކްޝަންއަށް ކުޑަދަރިފުޅުގެ ހިތުގެ ތެޅުމުގެ އިޖާބަދިނުން ހުންނަ މިންވަރު ބެލެވެއެވެ. އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ގެ ދެވައްތަރެއް ވެއެވެ. އެއީ އިންޓާރނަލް މޮނީޓަރިންގ(Internal monitoring)އާއި، އެކްސްޓާރނަލް މޮނީޓަރިންގ(External monitoring)އެވެ. 

އެކްސްޓާރނަލް މޮނީޓަރިންގ ގައި ކުޑަ ދެ ޑިވައިސް(Device) މައިމީހާގެ ބަނޑުގައި ހަރުކުރެވެއެވެ. މިއިން އެއް ޑިވައިސް އަލްޓްރާ ސައުންޑްގެ އެހީގައި ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ބަލައެވެ. އަނެއް ޑިވައިސް މައިމީހާގެ ރަހިމު ކޮންޓްރެކްޝަންގައި ހޭދަކުރާ މިންވަރު ބަލައެވެ. 

އިންޓާރނަލް މޮނީޓަރިންގ ބޭނުންކުރެވެނީ ހަމައެކަނި ފެންކޮތަޅު ނުވަތަ އެމްނިއޮޓިކް ސެކް(Amniotic sac) ފަޅައިގެން ގޮސްފައިވާނަމައެވެ. މިހާލަތުގައި ފީޓަލް ސްކަލްޕް އިލެކްޓްރޯޑް(Fetal scalp electrode) އޭ ކިޔޭ ކުޑަ ޑިވައިސްއެއް މައިމީހާގެ ފަރުޖު(Vagina)ގެ ތެރެއިން ގެންގޮސް ކުޑަދަރިފުޅުގެ ބޮލުގައި ހަރުކުރެވެއެވެ. މިޑިވައިސް ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ރިކޯޑް ކުރެއެވެ. ހަމައެއާއި އެއްވަގުތެއްގައި ކެތީޓަރ(Catheter) އޭ ކިޔޭ ހިމަހޮޅިކޮޅެއް މައިމީހާގެ ފަރުޖުގެ ތެރެއިން އެތެރެއަށް ރަހިމާއި ހަމައަށް ފޯރުވައެވެ. މިޑިވައިސްއިން މައިމީހާގެ ރަހިމުގެ ކޮންޓްރެކްޝަންގެ ބާރު ދެނެގަނެއެވެ. އިސްވެބުނެވުނު ހޮޅިކޮޅު އެތެރެއަށް ފޯރުވާއިރު ކޮންމެވެސް ވަރަކަށް އުދަގޫ އިހްސާސްވުމަކީ ވެދާނެގޮތެކެވެ. ނަމަވެސް އެއްކޮށް އެތެރެއަށް ފޯރުމުން މިގޮތަށްވާ އުދަގޫތައް ފިލައިދެއެވެ. 

އިސްވެ ބަޔާންކުރެވުނު ދެގޮތަށް އަމަލުކުރާ އިރު ވެސް މައިމީހާއާއި، ކުޑަދަރިފުޅުގެ މައުލޫމާތުތައް ކުޑަ މެޝިނަކުން ރިކޯޑްކުރެވެއެވެ.

އާންމުގޮތެއްގައި ބަނޑުގައިވާ ކުޑަދަރިފުޅުގެ ހިތުގެ ތެޅުން ހުންނާނީ މިނިޓަކު 110އާއި، 160އާއި ދެމެދުގައެވެ. މިއީ އާދައިގެ ގޮތެއްގައި އިންސާނުންގެ ހިތުގެ ތެޅުން ހުންނަވަރަށް ވުރެ މަތީ މިންވަރެކެވެ. ( އާންމުގޮތެއްގައި މިނިޓަކު 60އާއި 100އާއި ދެމެދުގެ މިންވަރަަކަށް ވިންދުޖަހައެވެ.) 
ކުއްޖާގެ ހިތުގެ ތެޅުން ތަބީޢީ ނޫންކަމުގައި ވާނަމަ އަންނަނިވި ކަންތައްތައް ކުރުމަށް އިރުޝާދުދެވެއެވެ. 
(ހ) އޮށޯވެ އޮންނަގޮތް ބަދަލުކުރުން 
(ށ) އޮކްސިޖަން ގުޅުން 
(ނ) އައިވީ ގުޅުން 
(ރ) ރަހިމުގެ ކޮންޓްރެކްޝަންގެ ބާރުދަށްކޮށް ރަހިމު ހަމައަކަށް އެޅުމަށްޓަކައި ބޭސްދިނުން 
(ބ) ރަހިމުގެ ތެރެއަށް ފެންވެއްދުން
 

 
އެކްސްޓާރނަލް މޮނީޓަރިން ބޭނުންކޮށްގެން ކުއްޖާގެ ހިތުގެ ތެޅުން ބެލުމުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް އެގިފައެއް ނުވެއެވެ. އިންޓާރނަލް މޮނީޓަރިންގ ގެ އެހީގައި ކުއްޖާގެ ހިތުގެތެޅުން ބަލާ ފަހަރުތަކުގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ. 
ވިހެއުމުގެ ތެރޭގައި މައްސަލަތައް ކުރިމަތިވެދާނެކަމަށް ބޮޑަށް ލަފާކުރެވޭ އަންހެނުން ރަގަޅީ އިލެކްޓްރޯނިކް ފީޓަލް މޮނީޓަރިންގ ހެދުމެވެ. މިގޮތަށް ބަލާބެލުމުގައި ކުއްޖާގެ ހިތުގެ ތެޅުން ތަބީޢީނޫން ގޮތެއްގައި ހުރިކަމުގައިވާނަމަ އެމީހަކު ވިހެއުމަށް ސިޒޭރިއަން(Cesarean) ހެދުން، ނުވަތަ ފޯސެޕްސް(Forceps) އިޚްތިޔާރުކުރަން ޖެހެއެވެ. 




#Article 169: އެމްނިއޯ ސިންޓެސިސް އަދި ކޮރިއޮނިކް ވިލަސްގެ ސާމްޕަލް ހެދުން (942 words)


ދުޅަހެޔޮގޮތެއްގައި ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ހޭދަކުރާއިރު އަނެއްބަޔަކު އެދުވަސްތައް ހޭދަ ކުރަނީ ސިއްހަތަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ. ބައެއް އަންހެނުން މާބަނޑު ދުވަސްވަރު ލިބޭ ދަރިފުޅުގެ ހަށިގަނޑުގައި އުފެދުމުގައި ނުވަތަ އުފަންވާއިރު ޢައިބެއް (Birth defects) ހުރެދާނެތީ ކަންބޮޑުވެއެވެ. ބައެއް އަންހެނުންނަށް ލިބޭ ދަރިން އުފަންވާއިރު ޢައިބުހުރުމުގެ ފުރުސަތު އަނެއްބަޔަކަށް ވުރެ ބޮޑެވެ. ވިހެއުމުގެ ކުރިން މިގޮތަށް ދަރިފުޅުގެ ހަށިގަނޑުގައި އުފެދޭ ހުރިހާ ޢައިބުތަކެއް ނުހޯދުނުކަމުގައި ވިޔަސް ބައެއް ޓެސްޓް ތަކުގެ އެހީގައި ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުފެދިފައި ހުރި ޢައިބު ދެނެގަނެވެއެވެ. މިފަދަ ޢައިބުތައް ހުރިތޯބެލުމަށް ހެދޭ މައިގަނޑު ދެޓެސްޓެއް ހެދެއެވެ. އެއީ އެމްނިއޯސެންޓެސިސް(Amniocentesis)އާއި، ކޮރިއޮނިކް ވިލަސް ސާމްޕްލިންގ (Chorionic villus sampling)އެވެ. 

ވިރާސީގޮތުން ކުރިމަތިވާ ބައެއް މައްސަލަތައް ދެނެގަތުމަށް އަމްނިއޯން ދިޔަ(Amniotic fluid) ޓެސްޓް ނުވަތަ ތަޙްލީލުކުރެވެއެވެ. އަމްނިއޯން ދިޔަ އަކީ ބަނޑުގައިވާ ކުޑަދަރިފުޅު(Fetus)އާއި، މަސް(Placenta) އުފެދުމުގައި ބައިވެރިވާ ކޮރިއޮނިކް ވިލަސް(Chorionic villus)ގެ ނުވަތަ މަހުގެ ވަށައިގެން ހުންނަ ފެނެކެވެ. ކުރިން ބަޔާންކުރެވުނު ދެގޮތަށް ޓެސްޓްކުރުމަށްޓަކައި އަމްނިއޯން ދިޔަ ނެގެއެވެ.

އެމްނިއޯސެންޓެސިސްއާއި، ކޮރިއޮނިކް ވިލަސް ސާމްޕްލިންގގެ އެހީގައި ބަނޑުގައިވާ ކުޑަދަރިފުޅުގެ ޖިންސް ދެނެގަނެވެއެވެ. މީގެ އިތުރުން ބައެއް ވިރާސީ  ސިފަތައް ވެސް ދެނެގަނެވިދާނެއެވެ. މިގޮތުން ވިހެއުމުގެ ކުރިން ދެނެގަނެވިދާނެ ވިރާސީގޮތުން ކުރިމަތިވާ ބަލިތަކުގެ ތެރޭގައި ޑޯން ސިންޑްރޯމް(Down’s syndrome)އާއި، ސިސްޓިކް ފައިބްރޯސިސް(Cystic fibrosis)އާއި،ޓޭސެޗްސް ބަލި(Tay-sachs disease)އާއި، ސިކްލް ސެލް ބަލި(Sickle cell disease)ހިމެނެއެވެ. 

މާބަނޑުވުމަށް ފަހު ޑޮކްޓަރަށް ދައްކާއިރު ވިރާސީގޮތުން ނުރައްކަލެއް އެމީހަކާ ކުރިމަތިވެދާނޭކަމަށް ހީވާނަމަ އެކަމެއް ތިމާގެ ކަންތައްތައް ބަލަހައްޓާ ޑޮކްޓަރަކު ބުނެދޭނެއެވެ. އަދި އެކަން ޔަގީންކުރުމަށް ހެދިދާނެ ޓެސްޓްތައް ވެސް ބުނެދޭނެއެވެ. ބަލިވެއިންނަ ކޮންމެ ފަހަރަކު އެކިއެކި ނުރައްކާތަކާއި ކުރިމަތިވުމަކީ ވެދާނެކަމެކެވެ. އިސްވެ ބަޔާންކުރެވުނު ދެޓެސްޓް އަންނަނިވި ހާލަތްތަކުގައި ހަދަން ޖެހެއެވެ. 

(ހ) 35އަހަރު ނުވަތަ އެއަށްވުރެ ފަހުން ބަލިވެ އިންނަ މީހުން 
އުމުރުން ދުވަސްވާވަރަށް އަންހެނުންނަށް ލިބޭދަރިންނަށް ޑޯން ސިންޑްރޯމް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތުބޮޑެވެ.
(ށ) ކުރިން އުފެދުމުގައި ޢައިބުހުރި ކުއްޖަކު ލިބިފައިވުން ނުވަތަ ޢާއިލާގައި ވާރުތަކުރާ ބައްޔެއް ހުރުން 
(ނ) ބަލިވެއިނުމަށްފަހު ވާރުތަކުރާ ބައްޔެއް ހުރިތޯ ބެލުމަށް ހެދި އެހެން ޓެސްޓެއްގެ ނަތީޖާ ހުންނަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ދެއްކުން 

މިގޮތަށް ހެދޭ ޓެސްޓްތަކުގެ ނަތީޖާ ރަގަޅުކަމަށް ދެއްކުމުގެ މާނައަކީ ލިބޭދަރިފުޅުގެ ހަށިގަނޑު އާދައިގެ ގޮތެއްގައި ހުރުމެއް ނޫނެވެ. އެހެނީ އުފަންވުމުގައި ޢައިބުތައް މެދުވެރިކުރުވާ ހުރިހާ ސަބަބުތަކެއް އަދި ހޯދިފައެއް ނުވެއެވެ. ފުރަތަމަ ކަމަކީ ކުއްޖާގެ ހަށިގަނޑު ހުރިނެތްގޮތް ބެލުމަށް ހެދޭ ކޮންމެ ޓެސްޓަކީ ވެސް ވަކިކަމެއް ހުރިތޯނެތްތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. އެހެން ކަމުން ޓެސްޓެއް ހަދާއިރު އެޓެސްޓަކުން ދެނެނުގަނެވޭނެ ކަމެއް ކުޑަދަރިފުޅުގެ ހަށިގަނޑުގައި އަށަގެންފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ދެވަނަ ކަމަކީ ބައެއް މައްސަލަތައް ދެނެގަންނާނެ ގޮތްތައް އަދި ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއްވެސް ޓެސްޓަކީ ވަކިކަމެއް ހުރިކަން ނުވަތަ ނެތްކަން %100އިންސައްތަ ޔަގީންކޮށްދޭނޭ ޓެސްޓެއް ނޫނެވެ. 

 
މިއީ އުފެދުމުގައި ޢައިބެއް ހުރިތޯބެލުމަށް ކުރެވޭ އެންމެ ޢާންމު އެއް ޓެސްޓެވެ. ޢާންމުކޮށް މިޓެސްޓް ހަދަނީ ބަލިވެއިނުމަށް ފަހު 18-15ވަނަ ހަފްތާއާއި ދޭތެރޭގައެވެ. މިޓެސްޓް ހެދެނީ ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުގައެވެ.މިޓެސްޓް ހެދުމަށްޓަކައި ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުގައި އެދުމަތި ކުރާކަން ނުޖެހެއެވެ. 

ކުޑަދަރިފުޅުގެ ވަށައިގެން ލެވިފައިވާ އެމްނިއޮޓިކް ސެކް(Amniotic sac)ނުވަތަ ފެން ކޮތަޅުގެ ތެރެއިން ތިނޯހެއް ބޭނުންކޮށްގެން އަމްނިއޯން ދިޔަ(Amniotic fluid)އިގެ ސާމްޕަލްއެއް ނެގެއެވެ. އަމްނިއޯން ދިޔައިގެ ތެރޭގައި ޓެސްޓްކުރުމަށް ބޭނުންކުރެވޭ ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތައް ހުރެއެވެ. މިސެލްތައް ކުޑަދަރިފުޅެކޭ އެއްފަދައިން ވިރާސީ ސިފަތައް އުފުލައެވެ.

ޓެސްޓްހެދުމަށްޓަކައި ބަނޑުހާމަކުރުމަށްފަހު މާބަނޑު އަންހެނާ އުއްޑުން ބާއްވައެވެ. އެންމެ ފުރަތަަމަ ތިނޯސް ވައްދަންވީ ދިމާ ހޯދުމަށްޓަކައި އަލްޓްރާ ސައުންޑް(Ultra sound)ގެ ބޭނުންކުރެވެއެވެ. އެއީ ތިނޯހުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި ބީހުނަ ނުދިނުމަށްޓަކައިއެވެ. އެއަށްފަހު ފަރުވާތެރިކަމާއިއެކު، ބަނޑާއި،ރަހިމުގެ ތެރެއިން ތިނޯސް ފެންކޮތަޅަށް ފޯރުވައެވެ. އައުންސްއެއް ހުންނަވަރުގެ ކުޑަފެން ނުވަތަ ދިޔަކޮޅެއް ނަގައެވެ. އެއްމާބަނޑު ދެކުދިން ބަނޑުގައި އޮތްނަމަ ކޮންމެ ފެންކޮތަޅަކުން ވަކިން ސާމްޕަލްއެއް ނުވަތަ ނަމޫނާއެއް ނަގައެވެ. ނެގުނު ދިޔައިގެ ބަދަލުގައި އެބައި ފޫބެއްދުމަށް ކުޑަދަރިފުޅުގެ ހަށިގަނޑުން އިތުރަށް އަމްނިއޯން ދިޔަ އުފައްދައެވެ. 

ނެގިފައިވާ އަމްނިއޯން ދިޔައިގެ ސާމްޕަލް ލެބޯޓަރީއަށް ފޮނުވެއެވެ. އެއަށްފަހު ޚާއްޞަ ދިޔަ(Specific fluid)އެއް ގައި ދުވަސްކޮޅެއް ވަންދެން ބޮޑުކުުރުމަށް(Grow) ބަހައްޓައެވެ. ނާދިރު ހާލަތެއްގައި ނުވަތަ މަދު ފަހަރަކު މިގޮތަށް ބަހައްޓާ ސެލްތައް ބޮޑުނުވުމަކީ ވެދާނެކަމެކެވެ. މިހެން ދިމާވެއްޖެނަމަ އަލުން ޓެސްޓްހަދަން ޖެހެއެވެ.މީގެ މާނައަކީ ކުޑަދަރިފުޅުގެ ހަށިގަނޑުގައި މައްސަލައެއް ހުރުމެއް ނޫނެވެ. އަމްނިއޯން ދިޔަ ބޭނުންކޮށްގެން ހަދާ މިޓެސްޓް ބިނާވެގެންވަނީ ޓެސްޓްކުރެވޭ މާބަނޑުއަންހެނާއާއި، އޭނާގެ ޢާއިލާގައި ވާރުތަކުރާ ބަލިތައް ހުރިނެތްގޮތެއްގެ މައްޗަށެވެ. 

ބަޔާންކުރެވުނު ގޮަތަށް ލެބޯޓަރީގައި ސެލްތައް ބޮޑުކުރުމަށް ފަހު ޓެސްޓް ހެދުމަށް 2ހަފްތާ ނަގައެވެ.

އުފެދުމުގައި ޢައިބެއް ހުރިތޯ ބެލުމަށް ސީދާ އަމްނިއޯން ދިޔަ ވެސް ބޭނުންކުރެވެއެވެ. މިގޮތުން އަމްނިއޯން ދިޔަ ބޭނުންކޮށްގެން ހެދޭ އެއް ޓެސްޓަކީ އަލްފާ ފީޓޯޕްރޮޓީން ޓެސްޓް(Alpha-fetoprotein test)އެވެ. އަލްފާ ފީޓޯޕްރޮޓީން އަކީ ބަނޑުގައި ބޮޑުވަމުން އަންނަ ކޮޮންމެ ކުޑަކުއްޖެއްގެ ހަށިގަނޑުން އުފައްދާ ޕްރޮޓީން އެކެވެ. އަލްފާ ފީޓޯޕްރޮޓީންގެ މަދުމިންވަރެއް މެނުވީ އަމްނިއޯން ދިޔައިގެ ތެރެއަށް ވާސިލެއް ނުވެއެވެ. އެހެންކަމުން އަމްނިއޯން ދިޔައިގެ ތެރޭގައި މާގިނައަދަދަކަށް އަލްފާ ފީޓޯޕްރޮޓީން ހުރިނަމަ އެއީ އުފެދުމުގައި ޢައިބެއް ހުރިކަމުގެ ނިޝާނެކެވެ. މިސާލަކަށް ނިއުރަލް ޓިއުބުގައި ޢައިބެއް ހުރުން(Neural tube defects) ނުވަތަ ކުޑަދަރިފުޅުގެ ބަނޑުގައި ލޯވަޅެއް ހުރުން(Openings in the fetus abdomen) ފަދަަ ކަންކަމެވެ. 

 
އަމްނިއޯސެންޓެސިސް އަކީ އެހާ ނުރައްކާތެރި ޓެސްޓެއް ނޫނެވެ. ނަމަވެސް ޓެސްޓްގެ ސަބަބުން ބައެއް ކަހަލަ އުދަގޫތައް މެދުވެރިވުމަކީ ވެދާނެކަމެކެވެ. މިގޮތުން އަކުނިވަޔަށް ދެމުން،ނުވަތަ ވާޅުވުން، ލޭފޭބުން، އިންފެކްޝަން އަށަގަތުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަ މީހުންގެ ތެރެއިން ކޮންމެ 200ން 1އަށް ބައިގެންދިއުން(Miscarriage) ކުރިމަތިވެއެވެ. އަމްނިއޯސެންޓެސިސް ހެދުމުގެ ތެރޭގައި ބަނޑުގައިވާ ކުޑަދަރިފުޅަށް އަނިޔާ ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. 

މިއީ ޢާންމުގޮތެއްގައި އެމްނިއޯސެންޓެސިސްއަށް ވުރެ އަވަހަށް ބަލިވެ އިންްނަތާ ކުރީކޮޅު ހަދާ ޓެސްޓެކެވެ. ޢާންމުގޮތެއްގައި މިޓެސްޓް ހަދަނީ ބަލިވެއިނުމަށްފަހު 12-10ވަނަ ހަަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިނަމަ އެކަން ދެނެގަނެއެވެ. އަމްނިއޯސެންޓެސިސް އެކޭ އެއްގޮތަށް މިއީވެސް ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުތަކުގައި ހަދަންޖެހޭ ޓެސްޓެކެވެ. މިޓެސްޓް ތަޢާރަފުކުރެވުނީ މާފަހުން ކަމަށްވުމާއިއެކު ހުރިހާ ހޮސްޕިޓަލްތަކެއްގައި މިޓެސްޓް ހެދޭކަން ނުހުރެއެވެ. 

 
މިޓެސްޓް ހެދުމަށްޓަކައި މަހުގެ ނުވަތަ ޕްލެސެންޓާ(Placenta)ގެ ސެލްތަކުން ކުޑަ ސާމްޕަލްއެއް ނެގެއެވެ. ކޮރިއޮނިކް ވިލައި(Chorionic villi)އަކީ ޕްލެސެންޓާގެ ކުދި ބައިތަކެވެ. ވިލައި(Villi) އުފެދެނީ މުޑުވައްވެފައިވާ ބިހުންނެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހުންނަ ވިރާސީ ބަހާ(Gene)އާއި، އެއްގޮތް ވިރާސީ ބަހާތައް ވިލައި ވެސް އުފުލައެވެ. 

ޕްލެސެންޓާއިން ސެލްތައް ނެގިދާނެ ދެގޮތެއް ވެއެވެ.އެއީ ފަރުޖު ނުވަތަ ވެޖައިނާ(Vagina)ގެ ތެރެއަށް އެއްޗެއް ބާނައިގެން ޕްލެސެންޓާއިން ސެލްތައް ނެގުމާއި،ބަނޑުގެ ތެރެއަށް އެއްޗެއް ބާނައިގެން ޕްލެސެންޓާއިން ސެލްތައް ނެގުމެވެ. 

ފަރުޖު ނުވަތަ ވެޖައިނާގެ ޒަރީޢާއިން ޕްލެސެންޓާއިން ސެލްތައް ނެގުމުގައި އެންމެ ފުރަތަމަ ސްޕެކިއުލަމް (Speculum)އެއް ވެޖައިނާގެ ތެރެއަށް ލެވެއެވެ. އެއަށްފަހު ވަރަށް ހަނި ނުވަތަ ހިމަ ޕްލާސްޓިކް ހޮޅިއެއް ފަރުޖުގެ ތެރެއަށް ފޯރުވައެވެ. އަލްޓްރާ ސައުންޑް(Ultra sound)ގެ އެހީގައި މިބުނި ހޮޅިކޮޅު ޕްލެސެންޓާއަށް ފޯރުވައެވެ. ދެން ޕްލެސެންޓާގެ ސެލްތަކުގެ ކުޑަ ސާމްޕަލްއެއް ނެގެއެވެ. 

ބަނޑުގެ ޒަރީޢާއިން ޕްލެސެންޓާއިން ސެލްތައް ނެގުމުގައި އެމްނިއޯސެންޓެސިސްއެކޭ އެއްގޮތަށް ބަނޑުގެ ތެރެއަށް ހިމަ ތިނޯހެއް ބާނައިގެން ޕްލެސެންޓާއަށް ފޯރުވައެވެ. އެއަށްފަހު ނެގުނު ކޮރިއޮނިކް ވިލައިގެ ސާމްޕަލް ލެބޯޓަރީއަށް ފޮނުވެއެވެ. ލެބޯޓަރީގައި ޓެސްޓްކުރުމަށްޓަކައި ބޮޑުކުރެވެއެވެ. 
ޖިންސީގުޅުމުން އަރާ ބައްޔެއް ހުރުން، މާބަނޑު ދުވަސްވަރު ލޭފޭބުން، ރަހިމުގެ ކަރުގައި މައްސަލައެއް ހުރުން މިއިން ކަމެއް ކުރިމަތިވެފައިވާނަމަ ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ޓެސްޓްހެދުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެކަމަކު އެއީ ހަމައެކަނި ބަނޑުގެ ޒަރީޢާއިންނެވެ. އެެހެން އެއްވެސް ހާލަތެއްގައި ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ހެދޭ ދެގޮތުންކުރެ އެއްގޮތަކީ ވެސް އެންމެ ރަގަޅު އިޚްތިޔާރުކަމުގައެއް ނުބެލެވެއެވެ. 

އަމްނިއޯސެންޓެސިސް އެކޭ އެއްގޮތަށް މިޓެސްޓަކީ ވެސް އުފެދުމުގައި ހުންނަ އައިބުތައް ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. ނަމަވެސް ނިއުރަލް ޓިއުބުގައި ހުންނަ އައިބުތައް މިޓެސްޓަކުން ނުހޯދެއެވެ. ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ޓެސްޓް ހަދާފައިވާނަމަ ވިހަންކައިރިވުމުން(ބަލިވެއިންނަތާ ފަހުކޮޅޫ) ލޭގައި އަލްފާ ފީޓޯޕްރޮޓީން ހުރި މިންވަރު ބެލިދާނެއެވެ. އެއީ ނިއުރަލް ޓިއުބުގައި ޢައިބެއް ހުރިތޯ ބެލުމަށެވެ. މިޓެސްޓްގެ ނަތީޖާ ޢާންމުގޮތެއްގައި 10ދުވަހުގެ ތެރޭގައި ލިބެއެވެ. 

އަމްނިއޯސެންޓެސިސް ހެދުމަށްވުރެ ކޮރިއޮނިކް ވިލަސް ސާމްޕްލިންގ ހެދުމުން ބައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ މިޓެސްޓް ހަދަނީ ބަލިވެއިންނަތާ ކުރީކޮޅު ކަމުގައިވާތީއެވެ. މައިމީހާގެ ހަށިގަނޑުގައި އިންފެކްޝަން އަށަގަތުމަކީ ވެސް ވެދާނެކަމެކެވެ. ބަލިވެއިންނަތާ 10ވަނަ ހަފްތާގެ ކުރިން މިޓެސްޓް ހަދައިފިނަމަ ވަރަށް މަދުހާލަތެއްގައި ކުޑަދަރިފުޅުގެ އަތްފައިގައި ޢައިބު(Limb deformities) ހުރުމަކީ އެކަށީގެންވާ ކަމެކެވެ. 

 
ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުފެދުމުގައި އައިބެއް އަށަގަތުމަށް މަގުފަހިކޮށްދޭ ކަމެއް ފާހަގަވާނަމަ އަމްނިއޯސެންޓެސިސް ނުވަތަ ކޮރިއޮނިކް ވިލަސް ސާމްޕްލިިިންގ ހެދުމަކީ މުހިއްމުކަމެކެވެ. ގިނަ ފަހަރު މިޓެސްޓް ތަކުގެ ނަތީޖާ ދައްކަނީ ރަގަޅަށެވެ. އެކަމުގެ ސަބަބުން މައިންބަފައިންގެ ހިތްހަމަނުޖެހުން ކުޑަކޮށްދެއެވެ. ޓެސްޓްތަކުން އައިބެއް ހުރިކަމަށް ދައްކައިފިނަމަ ޖެހޭނީ ދެގޮތުން ކުރެ ގޮތެއް ޚިޔާރުކުރާށެވެ. އެއްގޮތަކީ ދަރިވައްޓާލުމެވެ. ދެވަނަ ގޮތަކީ ދަރިވެއްޓުމަކާއި ނުލައި ވިހެއުމާއި ހަމައަށް ވާސިލްވުމެވެ. މިގޮތަށް ވިހެއުމާއި ހަމައަށް ވާސިލްވާނަމަ ވިހެއުމަށް ޚާއްޞަ ހޮސްޕިޓަލެއް އިޚްތިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ހަމަމިހެން މިފަދަ ކުދިންނަށް އުފަންވުމަށް ފަހުވެސް ޚާއްޞަ އިނާޔަތް ބޭނުންވެއެވެ. އެހެންކަމުން މިފަދަ ހާލަތުގައި ވިސްނާފައި އަވަސް ގަރާރެއް ނެގުމަކީ މުހިއްމު ކަމެކެވެ.




#Article 170: ޖެނެޓިކް ސްކްރީނިންގ (389 words)


ޖެނެޓިކް ސްކްރީނިންގ އަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވެދާނެ ބަލިތައް ނުވަތަ އައިބުތައް (އުނިސިފަތައް) ދެނެގަތުމަށް ބޭނުންކުރެވޭ ނުވަތަ ހެދޭ ޓެސްޓެކެވެ. ބަލިވެ އިނުމުގެ ކުރިން މިޓެސްޓް ހެދުމަކީ ބޭނުންތެރި ކަމެކެވެ. މާބަނޑުވުމަށް ފަހު ޑޮކްޓަރަށް ދައްކާ ފުރަތަމަ ފަހަރު، ނުވަތަ ވިހަންކައިރިވުމުން ވެސް މިޓެސްޓް ހެދިދާނެއެވެ. ކުރިން ބަޔާންކުރެވުނު ކޮރިއޮނިކް ވިލަސް ސާމްޕްލިންގ(Chorionic villus sampling)އާއި، އެމްނިއޯސެންޓެސިސް(Amniocentesis)އަކީ މާބަނޑު ދުވަސްވަރު ކުރެވޭ ޖެނެޓިކް ސްކްރީނިންގ ޓެސްޓްގެ ދެމިސާލެވެ.

ދެމަފިރިޔަކު ދަރިން ހޯދާ ވިސްނާއިރު ތިމާމެންގެ އާއިލާގައި ވާރުތަކުރާ ބައްޔެއް ހުރިތޯއާއި، އަދި އެފަދަ ބައްޔެއް އާއިލާގެ މެމްބަރުންގެ ތެރޭގައި ހުރިނަމަ އެބައްޔެއް ލިބޭ ދަރިންނަށް ވާރުކޮށްފާނެތޯ ވެސް ބަލަންޖެހެއެވެ. އެހެން ކަމުން ވާރުތަކުރާ ނުވަތަ ވާރުތަވާ ބަލިތަކާއި ބެހޭ މައުލޫމާތު ޞިއްޙީ މައުލޫމާތު ދެއްވާ ފަރާތަކާއި ގުޅައިގެން ސާފުކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ތިމާމެންގެ ޢާއިލާގެ މެމްބަރުންގެ ތެރޭގައި ވާރުތަކުރާ ބައްޔެއް، އުފެދުމުގައި އައިބު(އުނިސިފަ) ހުރިމީހެއް، ނުވަތަ އެހެންވެސް ތަބީޢީ ނޫން ހާލަތްތަކެއް ލިބިފައިވާ މީހަކު ހުރިތޯ ޑޮކްޓަރުން ނުވަތަ ޞިއްހީ ލަފަޔާއި، އިރުޝާދުދެއްވާ ބޭފުޅުން އައްސަވާނެއެވެ.މިފަދަ ހާލަތުގައި ލޭގެ ބައެއް ތަހުލީލުތައް ކުރެވެއެވެ. ބަލިވެއިންކަމުގައިވާ ނަމަ ކުޑަދަރިފުޅު ގެ ހާލަތު ދެނެގަތުމަށް ވެސް ޓެސްޓްތައް ހެދެއެވެ. 

އެންމެ ޢާންމުކޮށް ޖެނެޓިކް ސްކްރީނިންގ ދެމަފިރިން ހަދަން ޖެހެނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ) 35އަހަރު ނުވަތަ އެއަށްވުރެ ފަހުން ބަލިވެ އިންނަ މީހުން 
(ށ) ކުރިން ވާރުކުރާބައްޔެއް ނުވަތަ އުފެދުމުގައި އައިބެއް ހުރި ކުއްޖެއް ލިބިފައިތިބި ދެމަފިރިން 
(ނ) މީގެ ކުރިން ތަރުކާރުކޮށް ބައިގެން ގޮސްފައިވުން، ނުވަތަ ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން 
(ރ) ތަބީޢީނޫން ގޮތެއްގައި ކަމެއް ހުރިކަން ފާހަގަވުން 

މިސާލަކަށް ލޭގައި އަލްފާ ފީޓޯޕްރޮޓީން(Alfa-fetoprotien) ތަބީއީނޫންގޮތެއްގައި ހުރުން، ކުއްޖާގެ ވަށައިގެން ލެވިފައިވާ އަމްނިއޮޓިކް ސެކްގެ ތެރޭގައި އަމްނިއޯން ދިޔަ ގިނަވުން، ނުވަތަ މަދުވުން ފަދަ ކަންކަމެވެ. އަލްފާ ފީޓޯޕްރޮޓީން އަކީ ކުޑަދަރިފުޅުގެ ހަށިގަނޑުން އުފައްދާ ޕްރޮޓީންއެކެވެ. ސްޕައިނާ ބިފިޑާ(Spina bifida)ފަދަ ނިއުރަލް ޓިއުބު(Neural tube)ގައި އުފެދޭ އައިބުތަކާއި، ނާރުތަކާއި ބެހޭ ނިޒާމްގައި އުފެދޭ އައިބުތައް ދެނެގަތުމަށް އަމްނިއޯން ދިޔައިގެ ތެރޭގައި އަލްފާ ފީޓޯޕްރޮޓީން ހުރި މިންވަރު ބަލައެވެ. 

(ބ) ލޭއަޅާބަލި(Thalassemia) ޖެހިފައިވާ ނުވަތަ ވާރުތަވާ މީހަކު އާއިލާގައި ހުރުން 
(ޅ) ޓޭ ސެޗްސް ބަލި(Tay-sachs disease) ޖެހިފައިވާ މީހަކު އާއިލާގައި ހުރުން 
(ކ) ހީމޯފީލިއާ(Haemophilia) ނުވަތަ ސިސްޓިކް ފައިބްރޯސިސް(Cystic fibrosis) ފަދަ ވާރުތަކުރާ ބައްޔެއް އާއިލާގެ މެމްބަރުންގެ ތެރޭގައި ހުރުން 
(އ) ސިކްލް ސެލް އެނީމިއާ(Sickle cell anemia) ޖެހިފައިވާ މީހަކު އާއިލާގައި ހުރުން 

މައިންބަފައިން ކައިރިން އަހައިގެން އާއިލާގެ ތެރޭގައި އެއްވެސް ބާވަތެއްގެ ވާރުތަކުރާ ބައްޔެއް ހުރިތޯ ބަލާށެވެ. ފިރިމީހާއާއި، އޭނާގެ އާއިލާގެ މެމްބަރުންގެ ތެރޭގައި ވިސްނުމުގެ އުނިކަން ލިބިފައިވާ މީހެއް، ނުކުޅެދޭ މީހެއް، ނުވަތަ އެއްވެސް ބާވަތެއްގެ ތަބީޢީނޫން ކަމެއް ލިބިފައިވާ މީހެއް ހުރިތޯ ބަލައި ޔަގީންކުރާށެވެ. 
މައިމީހާ އޭނާބެހޭ އަންނަނިވި މައުލޫމާތުތައް ހޯދާފައި ބަހައްޓާށެވެ.

ސިއްހީ ލަފަޔާއި އިރުޝާދު ދެއްވާ ބޭފުޅުން ނުވަތަ ތިމާގެ ކަންތައްތައް ބަލަހައްޓާ ޑޮކްޓަރަކު ދެމަފިރިން އާއިލާގައި އެފަދަކަމެއް ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް ފަހު ހެދިފައިވާ ރިޕޯޓް ޗެކްކުރައްވާނެއެވެ. އޭގެ ފަހުގައި އުފެދުމުގައި އައިބެއް ނުވަތަ ވާރުތަކުރާ ބައްޔެއް ހުރިތޯ ބެލުމަށް އަންނަނިވި ކަންތައްތައް ކުރެވެއެވެ. 

މިއީ ބަލިވެއިންނަތާ 15ހަފްތާއާއި، 19ވަނަ ހަފްތާއާއި ދެމެދު ކުރެވޭ ޓެސްޓެކެވެ. މިޓެސްޓް ކުރެވެނީ ލޭގައި އަލްފާ ފީޓޯޕްރޮޓީން ހުރި މިންވަރު ބެލުމަށެވެ. އަލްފާ ފީޓޯޕްރޮޓީންގެ މިންވަރު މަދު ނުވަތަ މަތި ނަމަވެސް އެހެން ޓެސްޓެއް ހަދަންޖެހެއެވެ. މިގޮތުން ހަދާ ޓެސްޓްގެ ބޭނުމަކީ ސްޕައިނާ ބިފިޑާ(Spina bifida) ފަދަ ނިއުރަލް ޓިއުބުގެ އައިބެއް ހުރިތޯ ބެލުމެވެ.

 

އަލްޓްރާ ސައުންޑް ސްކޭން ކުރެވެނީ ބަލިވެއިންނަތާ 15ވަނަ ހަފްތާގެ ތެރޭގައެވެ. މީގެ ބޭނުމަކީ ސިކުނޑިއާއި، ހިތާއި، ފަޔާއި، އަތާއި، އެހެނިހެން ގުނަވަންތަކުގައި އައިބެއް އުފެދިފައި ހުރިތޯ ބެލުމެވެ. 




#Article 171: ބަލިވެ އިނުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލި (576 words)


ހަކުރު ބަލި() ގެ މާނައަކީ ލޭގައި ހަކުރު() ގެ މިންވަރު މަތިވުމެވެ. ގުލުކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަސްދަރެވެ. ގުލުކޯޒުގެ މިންވަރު ލޭގައި މަތިނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ ސިއްހީ މައްސަލަަތައް ކުރިމަތިވެއެވެ. ހަކުރު ބަލި ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް ބޭނުންވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ހަކުރުބައްޔަށް ޖެސްޓޭޝަނަލް ޑައެބެޓީސް()އޭ ކިޔައެވެ. 

 
ހަކުރު ބަލި ކުރިމަތިވަނީ ހަށިގަނޑުގައި އިންސުލިން(Insulin) ބޭނުންކުރާގޮތް ނުވަތަ އުފައްދާގޮތަށް މައްސަލައެއް ދިމާވުމުންނެވެ.( މިސާލަކަށް ޕެންކްރިއާސް އިން ލޭގެތެރެއަށް އެކަށޭނަ ވަރަށް އިންސުލިން ފޯރުކޮށް ނުދިނުން ) އިންސުލިން އަކީ ކާނާގެތެރޭގައި ހިމެނޭ ގުލުކޯޒު ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯރމޯން އެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ކާނާގައި ހިމެނޭ ހަކުރުގެ މާއްދާތައް ހަށިގަނޑަށް ބޭނުންކުރެވޭގޮތަށް ބަދަލުކޮށްދޭ މައިގަނޑު ހޯރމޯންއެވެ.ހަށިގަނޑަށް ފުދޭވަަރަށް އިންސުލިން އުފައްދައި ނުދޭ ހާލަތުގައި، ނުވަތަ ހަށިގަނޑުގައި އިންސުލިންގެ ބޭނުން އެކަށޭނަ ވަރަށް ނުހިފާހާލަތުގައި ލޭގައި ހުންނަ ގުލުކޯޒުގެ މިންވަރު މަތިވެގެންދެއެވެ. މިއަށް ކިޔާ އިލްމީ ނަމަކީ ހައިޕާގްލައިސީމިއާ(()އެވެ. 

މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރުބައްޔަށް ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެނުމަކާއި ނުލައި، ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަަަލަ ކުރިމަތިވެއެވެ. މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. މާބަނޑު ދުވަސްވަރު މިކަމުގެ އުދަގޫ ކުރިމަތިވާ ގިނައަންހެނުންނަށް އަހަރުތަކެއް ފަހުން ހަކުރު ބަލީގެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ކުރިން ބަލިވެއިދެ ހަކުރު ބަލީގެ އުދަގުލާއި ކުރިމަތިލާފައިވާނަމަ އެކަން ޑޮކްޓަރަށް ނުވަތަ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ބަޔާންކޮށްދެން ވާނެއެވެ.

ހަކުރު ބަލި ހުރިތޯބެލުމަށް ކުރެވޭ ޓެސްޓަކީ ވަރަށް އާދައިގެ ރައްކާތެރި ޓެސްޓެކެވެ. ހަކުރު އެކުލެވޭ ދިޔާއެއްޗެއް ބުއިމަށްފަހު ލޭގެ ސާމްޕަލްއެއް ނަގައި ގުލުކޯޒު ހުރި މިންވަރު ޗެކްކުރެވެއެވެ. ލޭގައި ގުލުކޯޒުގެ މިންވަރު މަތިނަމަ އޭގެ މާނައަކީ ގުލުކޯޒުގެ މިންވަރު ކޮންޓްރޯލްކުރުމުގައި މައްސަލައެއް ހުރުމެވެ. ގުލުކޯޒުގެ މިންވަރު މަތިނަމަ ޑައިގްނޯސްޓިކް ޓެސްޓް()އެއް ހަދަންޖެހެއެވެ. މިއީ ހަކުރުބަލި ހުރިތޯ ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ. 

ހަކުރު ބަލި ކޮންޓްރޯލް ނުކުރެވޭނަމަ މާބަނޑު ދުވަސްވަރު އެކަމުގެ އުދަގޫތައް ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. މިފަދަ ބައެއް އުދަގޫތައް ނުވަތަ މައްސަލަތަކުގެ ސަބަބުން ސިޒޭރިއަން ހަދަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ލޭގައި ހަކުރު އެކުލެވޭ ނިސްބަތް އެކަށޭނަގޮތެއްގައި ބެެހެއްޓުމަށް ސަމާލުކަން ދޭންޖެހެނީ މިބުނި ސަބަބާއިހުރެއެެވެ. ބަލިވެއިނުމުގެ ކުރިން ހަކުރުބަލި ކޮންޓްރޯލް ކުރެވިފައިވާނަމަ މިފަދަ މައްސަަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑައެވެ. 
މާބަނޑުވުމާއި ގުޅިގެން ހަކުރުބަލީގެ މައްސަލަ މެދުވެރިވެދާނެކަމަށް ލަފާކުރެވޭނަމަ ކުރިމަތިވެދާނެ މައްސަލަތަކެެއް ހުރެދާނެކަން ދަންނަށް ޖެހޭނެއެވެ. މިގޮތުން އަންނަނިވި ކަންތައްތަކުން ކުރެ ކަމެއް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.

(ހ) އުފެދުމުގައި އައިބުހުރުން ނުވަތަ އުނިސިފަ ހުރުން()
ބަލިވެއިނުމުގެ ކުރިން ހަކުރުބައްޔަށް އެކަށޭނަފަރުވާ ލިިބިގެންފައި ނުވާނަމަ ހިތާއި،ގުރުދާއާއި، ސްޕައިނަލް ކޯޑްގައި އުނިސިފަ ނުވަތަ އައިބު ހުރުމަކީ ވެދާނެކަމެކެވެ. 

(ށ) ކުޑަދަރިފުޅު އާދަޔާޚިލާފަށް ބޮޑުވުން()

މިކަން ކުރިމަތިވަނީ މައިމީހާގެ ލޭގައި ހަކުރުގެ މިންވަރު މަތިނަމައެވެ. މިއާއިގުޅިގެން ކުއްޖާގެ ހަށިގަނޑަށް ހަކުރު ވާސިލްވުން އިތުރުވެ، އާދަޔާޚިލާފަށް ކުއްޖާ ބޮޑުވެއެވެ. އާދަޔާޚިލާފަށް ކުއްޖާ ބޮޑުވުމަކީ ވިހަންއުދަގޫ ކަމެކެވެ. 

(ނ) ބަލިވެ އިނުން ވިހަވުން() 

މީގެ މާނައަކީ ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމެވެ. މިކަމުގެ ސަބަބުން އަވަހަށް ވިހަން ޖެހުން 
ފަދަކަމެއް ކުރިމަތިވުމަކީ ގާތްކަމެކެވެ. މިމައްސަލަ ކުރިމަތިވެއްޖެނަަމަ ހޮސްޕިޓަލުގައި ބާއްވައިގެން މައިމީހާއާއި ކުޑަދަރިފުޅުގެ ހާލަތު މޮނީޓަރ ކުރުމަކީ ބޭނުންތެރިކަމެކެވެ. 

(ރ) ފެންކޮތަޅުގައި ފެން ގިނަވުން() 

މިކަމުގެ ސަބަބުން ބައެއް އަންހެނުންނަށް އުދަގޫތަކާއި ކުރިމަތިވެއެވެ. ގިނަފަހަރު މިކަން ކުރިމަތިވަނީ 37ވަނަ ހަފްތާގެ ކުރިން ވިހާނަމައެވެ. 

(ބ) ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން(Urinary tract infection) 

އަލާމާތެއް ފެނުމަކާއި ނުލައި ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުމަކީ ވެދާނެކަމެކެވެ. ފަރުވާ ނުކުރެވިއްޖެ ނަމަ އިންފެކްޝަން މަސާނާއާއި، ގުރުދާއަށް ފެތުރި މައިމީހާއާއި، ކުޑަދަރިފުޅުގެ ހަށިގަނޑަށް ނުރައްކާވާ ހާލަތަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
 
(ޅ) ރެސްޕައިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް() 
މިކަމުގެ ސަބަބުން ކުއްޖާއަށް ނޭވާލުމަށް އުދަގޫވެއެވެ. ހަކުރު ބަލި ހުންނަ އަންހެނުންނަށް ލިބޭ ކުއްޖާއަށް ރެސްޕައިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

މާބަނޑު ދުވަސްވަރު ހަމަހަމަ ކެއުމެއް(Balanced diet) އިޚްތިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ކުޑަދަރިފުޅުގެ ބޮޑުވުން ބިނާވެފައި އޮންނަނީ މައިމީހާ ބޭނުންކުރާ ކާނާގެ މައްޗަށެވެ. ހަކުރު ބަލި ހުންނަނަމަ ކެއުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ބަރާބަރަށް ނުކެއުމަކީ ގުލުކޯޒުގެ މިންވަރަށް ބަދަލުގެނުވައިދޭ ކަމެކެވެ. 
ކާނާއިން ލިބިދޭ ހަކަތައިގެ މިންވަރު ބުރަވެފައި އޮންނަނީ މައިމީހާގެ ބަރުދަނާއި،އުމުރާއި، ހަރަކާތްތެރިވެ އުޅޭ މިންވަރާއި، ވިހެއުމުގެ މަރުހަލާއެއްގެ މައްޗަށެވެ. ގުލުކޯޒުގެ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި ކާނާ ބޭނުންކޮށް އުޅޭނެ ގޮތް ޑޮކްޓަރުން ބުނެދޭނެއެވެ. ކާނާބޭނުންކުރުމުގައި ރަގަޅި ކޮންމެ ދުވަހަކުވެސް ލުއިކޮށް ގިނަގިނައިން ކެއުމެވެ. ނިދުމުގެ ކުރިން ލުއިކެއުމެއް ބޭނުންކުރުމަކީ ނިދާފައި އޮންނަވަގުތުގައި ގުލުކޯޒުގެ މިންވަރު ސާބިތުކަންމަތީ ބެހެއްޓުމަށް މުހިއްމު ކަމެކެވެ.

އަބަދުވެސް މެދުމިންވަރަކަށް ކަސްރަތުކޮށް އުޅުމަކީ ރަގަޅުކަމެކެވެ. ޚާއްޞަކޮށް ހަކުރުބަލި ހުންނަ އަންހެނުންނަށް މިއީ ވަރަށް މުހިއްމުކަމެކެވެ. އާދައިގެ ވަރަކަށް ކަސްރަތުކޮށް އުޅުމަކީ ލޭގެ ގުލުކޯޒުގެ މިންވަރު އާދައިގެ ވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ އިންސުލިންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އެކި މީހުންނަށް ކަސްރަތު ކުރަންޖެހޭ މިންވަރު ތަފާތެެވެ. ޑޮަކްޓަރަކާއި މަޝްވަރާ ކުރުމުން ތިމާއާއި ގުޅޭ ކަސްރަތަކާއި، ކުރަންވީ މިންވަރު ބުނެދޭނެއެވެ.

ލޭގައި ހަކުރު ހުރި މިންވަރު ދުވާލަކު 4 ފަހަރު ބަލާށެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތި ޓެސްޓްކޮށް ހެދުމަކީ ބޭނުންތެރި ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބަރުދަން އިތުރުވަމުން އަންނަ މިންވަރު ބެލުމަކީ ވެސް ބޭނުންތެރި ކަމެކެވެ. 

ކޮންމެހެން ނަގަންޖެހިއްޖެނަމަ އިންސިޔުލިން ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ. މިހާރު މާބަނޑު ދުވަސްވަރު ހަކުރު ބަލި ހުރިނަމަ ދެވޭ ހަމައެކަނި ފަރުވާ އަކީ އިންސިޔުލިން އެވެ.




#Article 172: ޗައިނާގެ ބޮޑު ފާރު (261 words)


ޗައިނާގެ ބޮޑު ފާރަކީ ޢީސާގެ ފާނުގެ 5 ގަރުނު ކުރިން ފެށިގެން މީލާދީގެ 16 ވަނަ ގަރުނާއި ދެމެދު ޗައިނާގެ އުތުރު ސަރަހައްދީ ބޯޑަރުގައި ބޭރުގެ ޙަމަލާތަކުން ޗައިނާ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ބިނާކުރެވުނު ފާރެކެވެ. ޗައިނާގެ ބޮޑު ފާރުގެ ތެރޭގައި ގުނާލެވޭ ފާރުގެ އެތަކެއް ބައިތަކެއް ޢީސާގެ ފާނުގެ 5 ގަރުނު ކުރިން ބިނާކުރަމުން އައިސްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު ބައި ބިނާކުރެވިފައިވަނީ ޢީސާގެ ފާނުގެ ކުރިން 200 ވަނަ އަހަރާއި، 220 ވަނަ އަހަރާއި ދެމެދު އޭރު ޗައިނާގެ ރަސްކަލަކަށް ހުރި ޗިން ޝީ ހުއަންގ އެވެ. ފާރުގެ މިބައި ބިނާކޮށްފައިވަނީ މިހާރު ފެންނަށް ހުރި ފާރަށްވުރެ މާ އުތުރު ގައެވެ. މިހާރު ފެންނަށް ހުރި ފާރު ބިނާކޮށްފައިވަނީ މިންގ ދަރިފަސް ކޮޅުގެ ފަރާތުންނެވެ. 

ޗައިނާގެ ބޮޑު ފާރަކީ އިންސާނީ އަތްތަކުން އުފައްދާފައިވާ އެންމެ ދިގު ސްޓްރަކްޗަރ އެވެ. އަދި އެއީ ދުނިޔޭގައިވާ އެންމެ ބޮޑު ސްޓްރަކްޗަރ ވެސް މެއެވެ. މިފާރު އިރުމަތިން ޝެންހާއީ އިންފެށިގެން ހުޅަގަށް ދަތުރު ކުރަމުން ލޮޕް ނޫރު އަށް ވާޞިލް ވެފައިވެއެވެ. މިދެބައި ދޭތެރޭގައި ފާރުގެ ދިގުމިނަކީ 4 ހާސް މޭލެވެ. 

ޗިން ޝީ ހުއަންގ ގެ ވެރިކަމުގައި ޢީސާގެ ފާނުގެ 221 އަހަރު ކުރިން ޗައިނާގެ ޝަހަރުތަކުގެ ދެެމެދުގައި އޮތް ނުތަނަވަސްކަން ނައްތަވާލައްވައި ޗައިނާ އެއްކުރައްވައި، ޗިން ދަރިފަސްކޮޅު އުފެއްދެވި އެވެ. އަދި ވަކިވަކި ޝަހަރުތައް ވަކިކުރުމަށް ހަދާފައިވާ ބޯޑަރުތައް ނެތިކޮށްލައި އަލުން ބޮޑު ފާރެއް އެޝަހަރުތައް ހިމާޔަތް ކުރުމަށް ބިނާކުރެއްވުމަށް އަމުރު ކުރެއްވި އެވެ. ފާރު ބިނާކުރުމަށް ފަރުބަދަތަކުން ހިލަ ނެގިފައި ވެއެވެ. ޗިން ދަރިފަސްކޮޅުގެ ފަރާތުން ބިނާކުރި ފާރުގެ ބޮޑު މިން އެގޭނެ ރިކޯޑެއް ފެންނާކަން ނެތެވެ. ޗިން ދަރިފަސް ކޮޅު ފަރާތުން ބިނާކުރި ފާރުގެ ބޮޑު ބައެއް ވަނީ ޒަމާންތަކާއެކު ވީރާނާވެ ގޮސްފައެވެ. މިއަދު މިފާރުން ފެންނަށްހުރީ މަދު ބައިތަކެއް ކަމަށް ވެއެވެ. 

ޗިން ދަރިފަސް ކޮޅުގެ ފަހުން އައި، ހަން، ޝުއީ، ނޯރތަން، އަދި ޖިން ދަރި ފަސްކޮޅު ތަކުގެ ފަރާތުން ވަނީ ފާރު އަލުން ބިނާކުރުމަށް މަސައްކަތްތައް ކޮށްފައެވެ. 1449 ވަނަ އަހަރު މިންގ ދަރި ފަސްކޮޅުގެ ސިފައިން މޮންގޯލިއާ މީހުންނާއި ކުރި ޓޫމޫ ހަގުރާމަ އިން ބަލިވުމުން އަލުން ފާރު ވަރުގަދަ ބިނާކުރުމަށް ނިންމި އެވެ. މިގޮތުން ބިނާކުރެވުނު ބައިތައް ކުރިން ޗިން ދަރި ފަސްކޮޅުގެ ދުވަސްވަރު ބިނާކުރެވުނު ބައިތަކަށްވުރެ އެތަކެއް ގުނައެއް ވަރުގަދަ ކަމަށް ވެއެވެ. ޚާއްޞަކޮށް ވެރިރަށް ބީޖިންގ ކައިރީގައިވާ ފާރުގެ ބައި އާދަޔާ ޚިލާފަށް ވަރުގަދަކޮށް ރަގަޅު ކުރެވުނެވެ.




#Article 173: ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (763 words)


ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމުގައި ކަނޑައެޅުއްވި ރަސްގެފާނު އެވެ. ދަރުމަވަންތަ ރަސްގެފާނަކީ ޣައިރު ދީނަށް އަޅުކަންކުރައްވަމުން ގެންދެވި ފަރާތެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް އިސްލާމް ދީން ފެތުރިގެންދިޔައީ މި ރަސްގެފާނުގެ ރަސްކަމުގައެވެ. ދަރުމަވަންތަ ރަސްގެފާނު މަޝްހޫރު ވެފައިވަނީ ތީމުގެ މަހާކަލަމިންޖާގެ ނަމުންނެވެ. 

 
ދަރުމަވަންތަ މަހާރަދުންނަކީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި އާއިލާތަކުގެ ތެރެއިން މިހާތަނަށް އެނގިފައިވާ ފުރަތަމަ އާއިލާކަމަށްވާ ތީމުގޭ ދަރިކޮޅުން ވަޑައިގެންނެވި ދެވަނަ ރަދުންނެވެ. ތީމުގޭ އާއިލާއަށް މާލޭ އާއިލާގެ ނަމުން ވެސް ބައެއް މުއައްރިޚުން ނިސްބަތް ކުރައްވައިފައި ވެއެވެ. މިރަދުންނަކީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި މަހާބަރަނަ މަހާރަދުންގެ އުޚުތުކަމަށްވާ، ހެނެވި މާވާ ކިލެގެ ގެ ދަރިކަލުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ވަނީ ތީމުގޭ މަހާ ކަލަމިންޖާ އަކީ ދަރުމަވަންތަ ރަސްގެފާނުގެ ކުރިން ރާއްޖޭގައި ތަޚްތުގައި އިންނެވި ރަދުން ކޮއިމަލާ ކަމުގައެވެ.

 
ދިވެހި ދައުލަތުން ރަސްމީގޮތުން އިސްލާމް ދީން ގަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރުކުރެއްވީ 2 ރަބީޢުލް އާޚިރު 548ހ ގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރު އެވެ. ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމަށްފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުންނެވެ. 

އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ބިނާކުރެއްވި ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ރާއްޖޭގެ ފުރަތަމަ އިސްލާމް ރަސްގެފާނުގެ ނަންފުޅު ކަމުގައި ލިޔެފައިވަނީ ދަރުމީޝް، ނުވަތަ ދަރްމިޝްތު އެވެ. މިލަފުޒުތަކުގެ މާނަތައް ކަމުގައި ޔަގީންކުރެވެނީ އިންސާފުވެރި، ދީންވެރި މިމާނަތަކެވެ. މިމާތް ސިފަފުޅު ތަކަށްޓަކައި ދިވެހިންގެ ތެރޭގައި މިރަދުންނަށް ނިސްބަތްކުރެވިފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ. 

ދަރުމަވަންތަ ރަސްގެފާނު 12 އަހަރު ވަންދެން ބުޑިސްޓް ދީނުގައި ރަސްކަން ކުރެއްވުމަށްފަހު 13 އަހަރު ވަންދެން އިސްލާމް ދީނުގެ މަތީގައި ރަސްކަންކުރެއްވި ކަމަށް ރާދަވަޅި ތަކުގައްޔާއި ތާރީޚްގައި ލިޔެފައި ވެއެވެ. ނަމަވެސް ރާއްޖެ އިސްލާމްވީ ތާރީޚްގެ 42 އަހަރު ފަހުން މީލާދީ ސަނަތުން 1195 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނާއި، 1196 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުގައިވާ ގޮތަށް ބަލާއިރު ދަރުމަވަންތަ ރަސްގެފާނު 35 އަހަރު ރާއްޖޭގެ ރަސްކަން ކުރައްވާފައި ވެއެވެ. 

ތާރީޚީ ގޮތުން ބަލާއިރު މިރަދުންގެ ރަސްކަމާ ކައިރި ދުވަސްވަރެއްގައި ލިޔެފައިވާ ރަސްމީ ލިޔުމަކަށް މިދެންނެވި ދެލޯމާފާނު ވާތީ، އެންމެ އިތުބާރުހުރި ލިޔުމަކީ ލޯމާފާނު ކަމުގައި ބެލެވިފައި ވެއެވެ. މިލޯމާފާނުތަކުގެ މައުލޫމާތު ތަކުގެ މައްޗަށް ބުރަވެގެން 12 ވަނަ ގަރުނުގެ ތެރޭގައި ރަސްކަން ކުރެއްވި ބޭބޭފުޅުންގެ ރަސްކަމުގެ މުއްދަތު ބަލައި، ހިސާބު ކުރުމުން ދޭހަވަނީ މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1142 ވަނަ އަހަރު ހާތާގައި ކަމަށާއި، އަވަހާރަވީ އޭގެ 35 އަހަރު ފަހުން 1176 ހާތާނގައި ކަމެވެ. 

އިސްލާމްވެ ވަޑައިގަތުމަށްފަހު އެރަދުން ރަސްކަންކުރެއްވީ  ކިތައް އަހަރު ކަމެއް ލޯމާފާނު ތަކުގައި އެނގޭކަން ނެތެވެ. ނަމަވެސް އެދެލޯމާފާނުގައި ލިޔެފައިވާ މައުލޫމާތަށް ބަލައިގެން އެމުއްދަތު ހިސާބުކޮށްފިނަމަ، މިރަދުން ބުޑިސްޓް ދީނުގައި ރަސްކަން ކުރެއްވީ ގާތްގަނޑަކަށް 11 އަހަރު ކަމަށާއި، އިސްލާމްވެ ވަޑައިގަތުމަށްފަހު ރަސްކަން ކުރެއްވީ ގާތްގަނޑަކަށް 24 ވަރަކަށް އަހަރުކަން އަޅުގަނޑުމެންނަށް އެނގެއެވެ. ދަރުމަވަންތަ ރަސްގެފާނު ރަސްކަން ހިންގަވަމުން ގެންދެވީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ވަލީވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ލަފާގެ މަތީންނެވެ.

 
މީލާދީން 1343 ވަނަ އަހަރު ދިވެހިރާއްޖެ އަށް ވަޑައިގަތް މަޝްހޫރު ސައްޔާޙު، އިބްނު ބަޠޫޠާ ޝިހާބުއްދީން ރަދުން ހުކުރު މިސްކިތުގައި ބަހައްޓަވައިފައިވާ ފިލާ ބައްލަވާފައި، ދިވެހިރާއްޖޭގެ ރަދުން އިސްލާމްވެ ވަޑައިގަތީ އަބުލް ބަރަކާތުލް ބަރުބަރީ އޭ ކިޔުނު ބޭކަލެއްގެ އަތްޕުޅުމައްޗަށް ކަމަށް، އެފިލާގައި ލިޔެފައިވާކަމަށް ވިދާޅުވެފައި ވެއެވެ. އެފިލާގައި އެކަލޭގެފާނުގެ ނަންފުޅުގައި ޔޫސުފް ހިމަނުއްވާފައި ވުމާއެކު، މިބޭކަލެއްގެ ނަންފުޅުގައި ޔޫސުފް ހިމެނޭކަން ޔަގީން ކުރެވެއެވެ. 

މީލާދީ ސަނަތުން 12 ވަނަ ގަރުނަކީ އިސްލާމީ ދުނިޔޭގައި އުފެދުނު މާތް ބޭކަނލުންތަކެއް ދުނިޔޭގެ އެކި ތަންތަނަށް ޚާއްޞަކޮށް، އެތެރެވަރިޔަށާއި، އިންޑިޔާ ކަނޑުގެ އައްސޭރީގައިވާ ރަށްރަށަށް ދަތުރުކުރައްވައި، އިސްލާމް ދީނުގެ ނޫރު ފެތުރުއްވި ދުވަސްވަރެކެވެ. މީގެ ތެރޭގައި ފާރިސް ކަރައިގެ ބޭކަލުންނާއި، ޢަރަބި ކަރައިގެ ބޭކަނލުން ހިމެނުނެވެ. މިބޭކަނލުން ދަތުރުކުރައްވައި އުޅުނީ އެޒަމާނުގެ ވިޔަފާރި ވެރިންގެ ނައުފަހަރު ގައެވެ. ދިވެހިރާއްޖެ އިސްލާމް ކުރެއްވި މާތް ވަލީވެރިޔާ ވެސް ހިމެނެނީ މިބޭކަލުންގެ ތެރޭގައި ކަމަށް ގަބޫލު ކުރެވެއެވެ. 

އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އައްސުލްޠާން މުޙައްމަދު އިބްނި ޢަބުދުﷲ އަކީ ދީންވެރި ޚުލްޤު ހެޔޮ އަދަބު ދެނެވަޑައިގަންނަވާ ރަސްކަލެކެވެ. އިންޞާފު ކުރެއްވުމުގައި ތިމާގެ މީހުންނާއި، ހިލޭމީހުން ހަމަހަމަ ކުރެއްވި އެވެ. ދީނާއި ދުނިޔޭގެ ކަންތައް ފުރިހަމައަށް ހިންގެވި ރައްޔިތުންނަށް އޯގާވެރި، ލޯބިވެރި ރަސްކަލެކެވެ. ދީނުގެ ގަވާޢިދުތައް އާކުރައްވައި މީސްތަކުންނަށް ދީނުގެ ޙުކުމްތައް އޮޅުން ފިލުވައި ދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ރަސްކަމުގެ ގާނޫނުތައް ހައްދަވައި، ކާފިރުކަމުގެ މަގުތަކާއި ނިޝާންތައް މުގުރުއްވެވި އެވެ. މިސްކިތްތައް ބިނާކުރައްވައި ޖަމާޢަތުގައި ނަމާދު ކުރުމަށާއި، ހުކުރު ކުރެއްވުމަށް އަމުރު ކުރެއްވި އެވެ.

ދަރުމަވަންތަ ރަސްގެފާނު އަކީ ހިތްޕުޅު މަޑުމޮޅި، ނިކަމެތިންނަށް އެހީވެ ވަޑައިގަންނަވާ ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ރަސްކަލެކެވެ.

 
ފުރަތަމަ ހުކުރު މިސްކިތް ފުރަމާލޭގައި ބިނާކުރެއްވީ ދަރުމަވަންތަ ރަސްގެފާނުގެ އަމުރު ފުޅަށެވެ. މިކަން އަޅުގަނޑުމެންނަށް އެނގެނީ މިރަސްގެފާނުގެ އަމުރުފުޅަށް ބިނާކުރެވުނު، ހުކުރު މިސްކިތް ބައުވެގެން، އައްސުލްޠާން އަޙުމަދު ޝިހާބުއްދީން، އެތަނުގައި ހުކުރު މިސްކިތެއް އަލުން ބިނާކުރެއްވުމަށްފަހު އެމިސްކިތުގައި ބެހެއްޓެވި ފިލާގައި، ދަރުމަވަންތަ ރަސްގެފާނާއި، އެރަދުންގެ އަޚު، ސިރީކަލޯގެ އަމުރުފުޅަށް އަލްވަޒީރު ޝަނިވިރާޒާ، ފުރަތަމަ ހުކުރު މިސްކިތް ބިނާކުރެއްވި ވާހަކަ ލިޔެފައިވާތީ އެވެ. 

ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަމުގައި މާލޭގެ މަޝްހޫރު ދަރުމަވަންތަ ރަސްގެފާނު މިސްކިތް ވެސް ބިނާކުރެއްވި އެވެ. މިމިސްކިތް ހުންނަމަގަށް ކިޔަނީ ދަރުމަވަންތަ މަގު އެވެ. އަދި ރިވާވެގެން އައިސްފައިވާ ގޮތުގައި ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ އަށް ޚުދު ރަސްގެފާނު ވަޑައިގަންނަވައި، އެރަށް އިސްލާމް ކުރައްވައި، އެރަށުގައި ވެސް ހުކުރު މިސްކިތެއް ބިނާކުރެއްވި އެވެ. 

މާލޭގައި ސަރުކާރުން ހައްދަވާފައިވާ ސާނަވީ ސުކޫލް ތަކުގެ ތެރެއިން ދަރުމަވަންތަ ސުކޫލް ނިސްބަތްވަނީ ވެސް ދަރުމަވަންތަ ރަސްގެފާނު އަށެވެ.

އައްސުލްޠާން އިބްރާހީމް އިސްކަންދަރު ( އެއްވަނަ ) އިގެ ރަސްކަމުގައި ހިޖުރައިން 1063 ގައި ނުވަތަ މީލާދީން 1652 ގައި ލިޔެފައިވާ ސ.ގަމު މާމިސްކިތު ފިލާފަތްކޮޅުގައި ލިޔުއްވާފައިވާ ގޮތުން، މިސްކިތް ފަދަ މުގައްދަސް ތަންތަން ބެލެހެއްޓުމަށް، ދަރުމަވަންތަ ރަސްގެފާނު އެކިއެކި ރަށްރަށުން ބިންބިމާއި، ބޯގަ ހަމަޖެއްސެވި އެވެ.

ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު މިފޮތުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި، ދަރުމަވަންތަ ރަސްގެފާނު ދީނާއި ދުނިޔޭގެ، ކަންކަން، ހިންގަވަމުން ގެންދެވީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ވަލީވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ލަފާގެ މަތީންނެވެ. މިފަދައިން ރަސްކަން ހިންގަވާތާ ދުވަސްކޮޅެއްވީ ތަނާ އެމާތް ކަލޭގެ ފާނު އަވަހާރަވެއްޖެއެވެ. މިކަލޭގެފާނު ފަސްދާނުލެވުނީ މާލޭ މެދު ޒިޔާރަތު ގައެވެ. މިއީ އެސަބަބަށްޓަކައި ދިވެހިން އަބަދުވެސް މާތްކޮށް ހިތައި، ވަރަށް ލޯތްބާއި، އިހުތިރާމާއި އެކު، ބަލަހައްޓަމުން ގެންދާ ތަނެކެވެ. 

 
އިސްދޫ ލޯމާފާނުގައިވާ މައުލޫމާތަށް ބަލައިގެން، އެޒަަމާނުގައި ރަސްކަންކުރެއްވި ރަސްރަސްކަލުންގެ ރަސްކަމުގެ މުއްދަތު ބަލައި ހިސާބުކުރުމުން އެނގެނީ، ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަން ނިމުމަކަށްއައީ، އިސްލާމްދީން ގައި އެރަދުން ރަސްކަން ކުރައްވާތާ 24 އަހަރުވީ ފަހުން ކަމެވެ. ބުނެވޭގޮތުގައި ހުކުރު ދުވަހަކު ހުކުރުން ފައިބައި ވަޑައިގަންނަވައިގެން، ޙައްޖަށް ވަޑައިގަތުމަށްޓަކައި ބޭރުން އައިސްއޮތް ނަވަކަށް އަރާވަޑައިގަތުމުން، އުދުހިދިޔަ ދޫންޏެއް ފަދައިން ނައު ދުވެފައިގޮސް މީސްތަކުންގެ ލޯމަތިން ޣައިބު ވެއްޖެއެވެ. އާދެ! ބާރަށްދުވާ ނަވެއްގައި ފުރާވަޑައިގަތުމުން ކުޑަހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންގެ ލޯމަތިން އޮބާލިވާހަކަ ރިވާވެގެން އައިސްފައިވަނީ މިފަދައިންނެވެ. އެރަދުން ފުރާވަޑައިގަތުމަށްފަހު އެރަސްކަން ނިމުމަކަށްއައީ އެވެ. އޭގެ ފަހުން ރަސްކަމަށްވަޑައިގަތީ ދަރުމަވަންތަ ރަސްގެފާނުގެ އުޚުތު، މުލީ މާވާ ކިލެގެގެ ދަރިކަލުން، އައްސުލްޠާން މުތެއި ކަލަމިންޖާ ސިރީ ބަވަނަ ބާރަނަ މަހާރަދުންނެވެ. 




#Article 174: ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު (240 words)


މިއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވި ރަސްރަސްކަލުންގެ ލިސްޓެކެވެ. އެ ރަސްރަސްކަލުންގެ ފުރިހަމަ ލަޤަބުފުޅަކީ އެއްގަމާއި ކަނޑުގެވެރި، ބާރަ ހާސް ރަށަށް ޙުކުމް ކުރައްވާ ދިވެހިރާއްޖޭގެ ރަސްގެފާނެވެ. 

ހިލާލީ ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. މިއީ އެޗްސީޕީ ބެލްގެ މޮނޮގްރާފް ގައި ބަޔާންކުރައްވާފައި ގޮތެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅު އަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި ބަޔާން ކުރަން ޖެހެއެވެ. 

ހިލާލީ ދަރިކޮޅު އަކީ ވެސް ރާއްޖެއިން ބޭރުން އައި ދަރިކޮޅަކުން ރާއްޖޭގައި އުފެދުނު ގޮތްޕެކެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްޠާން ޙަސަން އަލްހިލާލީ އެވެ. މިރަދުން އަކީ ރަސްކަމުގެ ސިލްސިލާގެ 30 (29) ވަނަ ރަދުންނެވެ. ހިލާލީ ދަރިކޮޅު ނިސްބަތްވާ ޙަސަން އަލްހިލާލީ އަކީ މަލާބާރުން އައިސް ކ.ހުޅުލޭ (ކުޑަރަށް ) ގައި ވަޒަންވެރިވެގެން ހުރި ހިލާލީ ދަރިކޮޅު ގެ ހިލާލީ ބަދުރުއްދީން އޭ ކިޔުނު މީހެއްގެ އަންހެންދަރިއެއްގެ މާމަ ދަރިއެކެވެ. ފަހަރު ގައި ހިލާލީ ދަރިކޮޅު އަކީ ޔަމަން ކަރައިން އައި ދަރިކޮޅަކަށް ވެސް ވެދާނެއެވެ. ސަބަބަކީ މިހާރު ވެސް ޔަމަނުގައި އަލްހިލާލީ އޭ ކިޔޭ މަޝްހޫރު ދަރިކޮޅެއް އޮންނާތީ އެވެ. ޔަމަން އާއި ދިވެހިރާއްޖެ އަކީ 14 ވަނަ ގަރުނުގައި ވަރަށް ބޮޑަށް ގުޅިފައި އޮތް ދެގައުމެވެ. 

Interregnum 1558 - 1573

އުތީމު ދަރިކޮޅު  އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ.  

Interregnum 1757 - 1759

ހުރާގޭ ދަރިކޮޅުގެ އަސްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. މިސްޓަރ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުން ހުރާގޭ ދަރިކޮޅުގެ ބިންގާ އަޅުއްވާފައިވަނީ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނާއި ހަމައިންނެވެ. އޭގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ކުރައްވާފައި ވެއެވެ. 




#Article 175: ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ) (103 words)


ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ) އަކީ މީލާދީން 1301 ން 1307 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 701 ން 706 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 701 ވަނަ އަހަރު އެވެ.ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ) ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ސަލިސް ކަލަމިންޖާ އަވަހާރަ ވުމުންނެވެ. މިރަދުންނަކީ ވެސް ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)ގެ ދަރިކަލެކެވެ. މިރަދުންނަކީ ތީމުގޭ ދަރިކޮޅުގެ ރަސްކަމުގެ ސިލްސިލާގެ އެއްމެ ފަހު ބޮޅެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ސުންދުރަ ބަވަނަ މަހާރަދުންނެވެ. މިރަދުން 5 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 706 ވަނަ އަހަރު އެވެ. 

ތީމުގޭ ދަރިކޮޅުގެ ދަރުމަވަންތަ މަހާރަދުންގެ ދަރިފަސްކޮޅުން 16 ރަސްކަލުން ދިވެހި ރަސްކަމުގެ ތަޚްތަށް އިސްވެ ވަޑައިގަތެވެ. މިއެންމެހާ ރަސްކަލުންނަކީ ޞުލްޙަވެރިކަމާ، އެކުވެރިކަންމަތީގައި ރަސްކަންކުރެއްވި ރަސްކަލުންނެވެ. އެކަމުގެ ހެއްކަކީ މިދަރިކޮޅުގެ އެއްވެސް ރަސްކަލަކު ރަސްކަމުގައި ހުންނަވަނިކޮށް ރަސްކަމުން ދުރުކުރަން ޖެހިފައި ނުވުމެވެ. 




#Article 176: ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު (138 words)


ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އަކީ މީލާދީން 1306 ން 1335 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 706 ން 735 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 706 ވަނަ އަހަރު އެވެ.ވީރު ޢުމަރު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ތީމުގޭ ދަރިކޮޅުން އެންމެ ފަހުން ރަސްކަންކުރެއްވި ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ) އަވަހާރަ ވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ލޯކަ އަބާރަނަ މަހާރަދުންނެވެ. 

އުމަރު ވީރު ރަސްގެފާނުގެ ބައްޕައަކީ ޞަލާޙުއްދީނު ޞާލިޙު އެވެ، ނަމަކަށް ކިޔުނު ބަންގާޅުގެ މާތް މީހެކެވެ. ޢުމަރު ވީރު ރަސްގެފާނަކީ  ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)ގެ ދޮންދަރިކަލެކެވެ. އަދި ސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ)ގެ ކޮއްކޯފުޅެކެވެ. ޢުމަރު ވީރު ރަސްގެފާނުގެ ބައްޕަ ޞަލާޙުއްދީނު ޞާލިޙު ވެސް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ކަމުގައި އިބްނިބަޠޫޠާ ލިއުއްވާފައިވެއެވެ. ނަމަވެސް މިއީ ސާބިތުވާން އޮތްކަމެއް ނޫން ކަމުގައި މުޙައްމަދު އަމީނު ވިދާޅުވެފައި ވެއެވެ. 

ފުރަމާލޭ ދެދޮރޯށި ދޭތެރޭ ހުންނަ، ގަސްދޮށުމިސްކިތެވެ، ނަމަކަށް ކިޔުނު މިސްކިތް ފުރަތަމަ ބިނާކުރެއްވީ މިރަދުންނެވެ. އަދި އެމިސްކިތުގެ ކުރިމަތީ ގައި އިހަށް އޮތް މައްޝޫރު އަށްކަން ވެޔޮ ބޭއްވެވީ ވެސް މިރަދުންނެވެ. މިރަދުން 29 އަހަރު ވާންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވިއެވެ.

ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު  އަވަހާރަވީ ހިޖުރައިން 735 ވަނަ އަހަރު އެވެ.




#Article 177: ސުލްޠާން އަޙްމަދު ޝިހާބުއްދީނު (315 words)


ސުލްޠާން އަޙްމަދު ޝިހާބުއްދީނު އަކީ މީލާދީން1335 ން 1343 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 735 ން 742 އަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 735 ވަނަ އަހަރު އެވެ. 

ސުލްޠާން އަޙްމަދު ޝިހާބުއްދީނު ގެ ބައްޕާފުޅަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އެވެ. އިބްނި ބަޠޫޠާ ލިޔުއްވާ ގޮތުން ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އާއި ، ސުލްޠާން އަޙްމަދު ޝިހާބުއްދީނު އަކީ އެއްބައްޕާފުޅު، ދެބަނޑު ދެބޭފުޅުންނެވެ. މިހެނީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނައަށް ކައިވެނި ބައްލަވައިގަތް، އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، އަކީ ސުލްޠާން އަޙްމަދު ޝިހާބުއްދީނު ގެ ދޮންބައްޕަ ކަމުގައި އިބްނި ބަޠޫޠާ ލިޔުއްވާފައި ވެއެވެ. މިނަންގަތް ވަޒީރަކީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ރަސްކަމަށްފަހު ތަޚްތަށް އިސްވެ ވަޑައިގަތް ސުލްޠާން ޢަބްދުﷲ އެވެ.

ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އަވަހާރަ ވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ލޯކަ އާދީއްތަ މަހާރަދުންނެވެ. މިރަދުންގެ ބައްޕާފުޅަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އެވެ. އިބްނިބަޠޫޠާ މިރަދުންނާ މެދު ލިއުއްވާފައިވަނީ މިފަދައިންނެވެ. ޢުމަރުވީރު ރަސްގެފާނު އަވަހާރަވީއިރު ޝިހާބުއްދީނު ތަޞައްރަފެއް ނުފުދެއެވެ. އެހެންކަމުން އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، ޝިހާބުއްދީނުގެ މާތް މަންމާ އާއި ކާވަނި ކުރައްވައި ޝިހާބުއްދީނުގެ ބަދަލުގައި ރަސްކަން ހިންގަވައިދެއްވުމަށް ވެރިވެވަޑައިގެންފިއެވެ. މިވަޒީރު ފަހުން ކައިވެނި ބެއްލެވީ ޝިހާބުއްދީނުގެ މަންމާފުޅުގެ ދޮންދަރިކަނބަލުން އަދި އެ ރަދުންގެ ދައިތާފުޅު ސުލްޠާނާ ރެހެންދި ޚަދީޖާ އާ އެވެ. އަދި ފަހުން ސުލްޠާން މުޙައްމަދުލްޖަމީލު މިނަމުގައި ރަސްކަން ވެސް ކުރެއްވިއެވެ. މުޙައްމަދު އަމީނު ވިދާޅުވާ ގޮތުގައި ދިވެހިން އޭނާ އަށް ކިޔާއުޅެނީ ރީތި މުޙައްމަދެވެ. ބައެއް ލިޔުންތަކުގައި އެއީ ސުލްޠާން ޢަބްދުﷲ ކަމަށް ވެސް ލިޔެފައި ވެއެވެ. 

ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ އާރާސްތު ކުރެއްވި، ފުރާމާލޭ ހުކުރު މިސްކިތް ދެވަނަ ފަހަރަށް، އައު ކުރެއްވީ، ޝިހާބުއްދީނު ރަދުންގެ އަމުރުފުޅަށް 738ހ. ވަނަ އަހަރު އެވެ. އިބްނިބަޠޫޠާގެ ނަޒަރުގައި ސުލްޠާން އަޙްމަދު ޝިހާބުއްދީނަކީ، އަޚްލާޤީ ގޮތުން ތަޢުރީފުކުރެވޭފަދަ ބޭފުޅެއްނޫނެވެ. އެ ރަދުންގެ އަޚްލާޤާ މެދު އިބްނިބަޠޫޠާ ލިއުއްވާފައިވަނީ އަންނަނިވި ޢިބާރާތެވެ. އާދަވެގެން ރޭގަނޑު ސަރުކާރުގެ ކުރިޔަށް ތިބި މީހުންގެ އަނބީންނާއި، އަދި، އާދައިގެ ދޯދިޔާ އަންހެނުންނާ އެކު ނަހަމަ ގޮތްތަކުގައި އުޅުއްވާ ކަމަށް ބުނެވެއެވެ. 

ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަދުން އަވަހާރަވީ ނުވަތަ ގަތުލުކުރެވުނީ ހިޖުރައިން 742 ވަނަ އަހަރު ގައެވެ. އިބްނި ބަޠޫޠާގެ ނަޒަރުގައި ޝިހާބުއްދީނު އަވަހާރަވީވެސް އެ ރަދުންގެ ހުރި ނުރަނގަޅު ސިފަތަކަށް ޓަކައި ރައްޔިތުން ނުރުހިގެން ހައްދުންމައްޗަށް އަރުވާލާފައި ވަނިކޮށެވެ. މާލެއިން މީހަކު ފޮނުވައި، ޝިހާބުއްދީނު އަވަހާރަކޮށްލީ ކަމުގައެވެ. ޝިހާބުއްދީނު ރަދުންގެ އަޚްލާޤާ މެދު ނުވަތަ އެ ރަދުން އަވަހާރަވީ ގޮތާ މެދު ޙަސަން ތާޖުއްދީނު އެއްވެސް އެއްޗެއް ލިޔުއްވާފައެއް ނުވެއެވެ. އިބްނި ބަޠޫޠާ ރާއްޖެއަށް ދުރުވީ، ޝިހާބުއްދީނު އަވަހާރަވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން ޝިހާބުއްދީނާމެދު އޭނާ ލިޔުއްވާފައިވާ ވާހަކަތައް ބިނާ ކުރައްވާފައިވަނީ ހަރުދަނާ ބިންގަލެއްގެ މައްޗަށް ކަމާމެދު ޝައްކުކުރާންވީ ކަމެއް ނުވިސްނޭކަމަށް މުޙައްމަދު އަމީނު ވިދާޅުވެފައިވެއެވެ.
 




#Article 178: މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (2592 words)


ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށާއި، ދިވެހި ދައުލަތަށް އަގުހުރި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 

މުޙައްމަދު އަމީން އަކީ ހުރާގޭ ޚާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭ އަތިރީގޭ އާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދޮން އަޙުމަދު ދޮށިމޭނާ ކިލެގެފާނާއި މަރިޔަމް މަނިކެގެ ދަރިކަލުން ޢަލީ ދޮށިމޭނާ ކިލެގެފާނާއި، ހޮޅުދޫ ނެވިގޭ ދޮންކޮއްކޮ މަރަދޫ ޝައިޚް އިބްރާހިމް ކަލޭގެފާނުގެ މުހައްމަދު ތަކުރުފާނު (ހެންވޭރުބޮޑު ޚަތީބު)ގެ އާމިނާމަނިކެ އާއި ކައިވެނި ކުރައްވައިގެން ލިބުނު ފާތިމާ މަނިކެ (އަލި ކިލެގެފާނާއި ކައިވެނި ބެއްލެވި ފަހުން ކިޔަނީ ފާތިމާ ދީދީ) އަށް ލިބުނު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ކަކާގޭމަރިޔަމް ދީދީ (ދޮންދީދީ) އާއި ކުރައްވާ ކައިވެނިން ލިބުނު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ ރޯނު ބޮޑު ދީދީގެ ރޯނުގޭ މޫސާ ދީދީގެ އިބްރާހީމް ދީދީގެ ޢައިޝަތު ދީދީ އެވެ. މުޙައްމަދު އަމީން އުފަންވެ ވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭގައެވެ. އެއީ ހިޖުރީގޮތުން 13 ރަޖަބު 1328 ގައެވެ.

މުޙައްމަދު އަމީންގެ ދައްތައަކީ އާމިނަތު އަމީން ދީދީ އެވެ. ކޮއްކޮ އަކީ މަރިޔަމް އަމީން ދީދީ އެވެ. މަރިޔަމް އަމީން ދީދީ އުފަންވެ ވަޑައިގަތީ ހިޖުރައިން 1337 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.

މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދު އާއެވެ. ފާޠިމަތު ސަޢީދުގެ ފަރާތުން މުޙައްމަދު އަމީން އަށް 3 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އޭނާ އަވަހާރަވިއިރު ދުނިޔޭގައި އިންނެވީ އެންމެ ބޭފުޅެކެވެ. އެއީ ފާޠިމަތު ސަޢީދުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އެވެ. 

މުޙައްމަދު އަމީން ދެވަނަ އަށް ކައިވެނި ބައްލަވައިގަތީ އަލްވަޒީރު ޙަސަން ފާމުލަދޭރި ތަކުރުފާނުގެ އާމިނާ ދީދީ އާއެވެ. މިބަނޑުފުޅުން ބޭފުޅަކު ލިބިވަޑައި ނުގެން އެއަނބިކަނބަލުން ވަރިކުރެއްވިއެވެ. މުޙައްމަދު އަމީން ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ހެންވޭރުގޭ މުޙައްމަދު ޢަބުދުއް ޞަމަދު ދީދީގެ ޒުބައިދާ މުޙައްމަދު ދީދީ އާއެވެ. މިބަނޑުފުޅުން ވެސް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ.

މުޙައްމަދު އަމީންގެ ތުއްޕުޅުއިރު ނުވަތަ ޅައުމުރުފުރާ ހޭދަކުރެއްވީ އޭނާގެ މަންމައާއި ބައްޕަގެ އަރިހުގައި އަތިރީގޭ އާގޭގައެވެ. އެއީ އޭނާގެ ކާފަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެވެ. މުޙައްމަދު އަމީންގެ ފުރަތަމަ ފިލާވަޅުތަކުގެ ބައިވެރިޔަކީ، ކުޅިވަރުތަކުގެ އެހީތެރިޔަކީ، އަދި ދުވަހަކު ވަކިނުވާ ރަފީގާ އަކީ އޭނާގެ ދައްތަ އާމިނަތު އަމީން ދީދީ އެވެ. 

މުހައްމަދު އަމީން އާއި، އޭނާގެ ދައްތަ އާމިނަތު އަމީންގެ ޢުމުރުގެ ތަފާތަކީ 11 މަސް ދުވަހެވެ. އެހެންކަމުން އެދެބޭފުޅުން ބޮޑުވަމުން އައީ އެކުއެކީގައެވެ. އާމިނަތު އަމީން އަކީ މުހައްމަދު އަމީންގެ ބައްޕައާއި މަންމަގެ 4 ވަނަ ބޭފުޅާއެވެ. 3 ވަނަ އަށް ލިބުނު ދައްތަ ފާތިމަތު ދީދީ އަވަހާރަވީ އުމުރުން 10 އަހަރުގައެވެ. 

މުޙައްމަދު އަމީން ޅަދުވަހު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވަލުތެރޭގައި ރޭސް ދުއްވުން އެވެ. އަނެއް ކަމަކީ އަތިރީ އާގޭގައި އޮންނަ ބާދަގަނޑު އުދުނެއް ދޯންޏަކަށް ހަދައިގެން އެދުއްވުމެވެ. ތިންވަނަ ކަމަކީ ދިރިއުޅުމުގައި ފެންނަ ތަފާތު މަންޒަރުތައް ތަމްސީލެއްގެ ގޮތުގައި ކުޅުމެވެ. އެގޮތުން އެންމެ ގިނައިން ތަމްސީލު ކުރެވޭ މަންޒަރަކީ މާލޭ ޕޯސްޓް އޮފީހުގައި ސިޓީ ބަހާ މަންޒަރެވެ. ބައެއް މަންޒަރުތައް ތަމްސީލް ކުރާއިރު އިގިރޭސި ނުވަތަ ހިންދީ ބަހުން ވާހަކަ ދައްކައި ހަދައެވެ. 

މުހައްމަދު އަމީން އާއެކު ތުއްޕުޅު އިރު ކުޅެން އުޅުނު ކުދިންގެ ތެރޭގައި ކަނޑިގޭ ދޮންމަނިކެ، މާބަނޑޭރި އަހުމަދު މަނިކުގެ މަންމަ ނޫރުއް ނަހާރު، މަލިން ކަލޭގެފާނުގެ މުޙައްމަދު ފުޅު، އަދި ދޮން ޙުސައިން ތުއްތުގެ ތިއްތި ކަމަނަ، އަދި ކަނޑިގޭ ޒަކަރިއްޔާގެ އަންހެން ކުއްޖެކެވެ. 

މުޙައްމަދު ޚިތާން ކޮށްދެއްވީ މިލަދޫގެ އަލިމަނިކު އެވެ. މުޙައްމަދު އަމީން އާއެކު އެކުގައި ޚިތާން ކުރެއްވި ކުދިންނަކީ ބުޗާގޭ ކަޅުތުއްތުގެ ދޮންމަނިކު އާއި، ސަލާމް ޔޫސުފް ފުޅުގެ އަލިފުޅެވެ. 

ތުއްޕުޅު އިރު މުޙައްމަދު އަމީން އެންމެ ބިރުފުޅު ގަންނަނީ ކުރަފި ދެކެއެވެ. އެންމެ ފުރަތަމަ މުޙައްމަދު އަމީން އަރާ ވަޑައިގަތް މަނަވަރަކީ ސިލޯނުގެ އެޗް އެމް އެސް ކޯމަސް ކިޔާ މަނަވަރެކެވެ. މިމަނަވަރު މާލެއައީ 21 ޖެނުއަރީ 1920 ގައެވެ. އެންމެ ފުރަތަމަ ކަނޑުމައްޗަށް އެރީ ވިހަމަނާފުށި ނުވަތަ ކުރުބާ ވިލެޖަށް ދިއުމަށްޓަކައެވެ. ވިހަމަނާފުއްޓަށް ދިޔައީ އަތިރީގޭގައި އޮންނަ ހައްދުއްމަތީ ދޯނިކޮޅު އޭ ކިޔޭ ދޯނިކޮޅުގައެވެ. އެކުގައި ވަޑައިގަތީ ބައްޕަ އަދި ތިއްތި ބޭބެ އެވެ.

މުޙައްމަދު އަމީން އަކީ ހަށިކޮޅު ރީތި، ގައިކޮޅުގެ ކުލަދޮން، މުރާލިފުޅު ކަމުގައި ދިވެހިންގެ ތެރެއިން އެފަދަ މީހަކު ނުފެންނަފަދަ ލާމަސީލު މިސާލެކެވެ. އަމިއްލަފުޅު ގޮތުން އަދަބީ ކަންތައްތަކަށާއި، ތާރީޚަށާއި، ގައުމީ ވިޔަފާރިއަށާއި، އަދި ޒަމާނުގެ އެކިއެކި ކުޅިވަރުތަކަށް، ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މިއުޒިކަށް ލޯބިކުރެއްވި ބޭފުޅެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ހިތްވަރުގަދަ ޒަޢީމެކެވެ. ދިވެހިރާއްޖޭގައި އުފެއްދި އެންމެ އަގުހުރި އަބްޠާލުންގެ ތެރެއިން އެއް ބަޠަލެވެ. މިޒަމާނުގެ ދިވެހި ރަށްވެހިކަމުގެ ހަގީގީ ބައްޕަ އެވެ.

މުޙައްމަދު އަމީން އާއި އެބޭފުޅާގެ ދައްތަ އާމިނަތު އަމީން އަށް އެންމެ ފުރަތަމަ ހިސާބު،އުރުދޫ، އަދި ގުރުއާން އުގަންނައިދެއްވީ އަލްފާޟިލް ބުޗާ ކަޅުތުއްތު އެވެ. ގުރުއާން ކިޔެވުން އޮންނަނީ ހެދުނު 9 ޖަހާއިރު އެވެ. ގަޑިއެއް ހާއިރު ވަންދެން ގުރުއާން ކިޔެވުން އޮވެއެވެ. ހަވީރު 4 ޖަހާއިރު އޮންނަނީ އުރުދޫ، އަދި ހިސާބު ކިޔެވުމެވެ. އިގިރޭސި އުނގެނުމަށްޓަކައި ކުޑަކުޑަ އޭބީސީޑީ ފޮތެއް ފުރަތަމަ ހަދިޔާއަކަށް މުޙައްމަދު އަމީން ފޮނުއްވީ އޭރު ބަންގާޅުގައި ތަޢުލީމް  ޙާޞިލްކުރެއްވުމަށް ހުންނެވި އިސްމާޢީލް ކަލޭފާނުގެ ތުއްތު އެވެ. މުޙައްމަދު އަމީންގެ އިގިރޭސި ބަހުގެ ފުރަތަމަ އެދުރަކީ ބައްޕާފުޅު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެވެ. 

އަލްފާޟިލް ބުޗާގެ ކަޅުތުއްތު އަށްފަހު ދެން މުޙައްމަދު އަމީންގެ އެދުރަކީ އައްޑޫ ހިތަދޫ ޙުސައިން ރަހާ އެވެ. ނުވަތަ އައްޝައިޚް ޙުސައިން ރަހާ އަލްއަޒްހަރީ އެވެ. އޭގެ ފަހުން އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނު އެވެ. 

މުޙައްމަދު އަމީންގެ ޢުމުރުން 10 އަހަރުގައި އިގިރޭސި ތަޢުލީމް ހޯއްދެވުމަށް ސްރީލަންކާ އަށް ވަޑައިގެން ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސެންޓް ޖޯސެފް ކޮލެޖަށް ވެދެވަޑައިގެންނެވި އެވެ. ސިލޯނަށް ދިއުމަށް ފުރާވަޑައިގަތީ ހިޖުރައިން 1338 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ސިލޯނަށް ވަޑައިގަތީ ލޭޑީ މެކްކޮލަމް ކިޔާ މަނަވަރެއްގައެވެ. އެކަށީގެންވާ މުއްދަތަކަށް ފަހު ސެންޓް ޖޯންސް ކޮލެޖްގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވި އެވެ. ސްރީލަންކާގައި މުޙައްމަދު އަމީންގެ ބެލެނެވެރިޔަކީ އޭނާގެ ބޮޑުބޭބެ އަދި އޭރު ކޮލަމްބޯގައި ހުންނެވި ދިވެހި ސަފީރު އައްނަބީލް ޢަބުދުލް ޙަމީދު ދީދީ އެވެ. އިގިރޭސި ބަހުގެ ތަޢުލީމް ވަކިވަރަކަށް ޙާޞިލް ކުރެއްވުމަށްފަހު، ދެންވަޑައިގަތީ އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށެވެ. އެތަނުން މެޓްރިކިއުލޭޝަން އިމްތިޙާނުން ފާސްވެ ވަޑައިގަތެވެ. އޭގެ ފަހުން އޭރު ދައުލަތް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލް އަމީރު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅުގެ މަތީން ކިޔަވާ ވިދާޅުވުން އެހިސާބުން ހުއްޓަވައިލައްވާ ރާއްޖެއަށް ވަޑައިގަތީ އެވެ.

ސިލޯނުގެ ސެންޓް ޖޯސެފްސް ކޮލެޖްއަށް މުޙައްމަދު އަމީން ވެދެވަޑައިގަތީ 25 މާރޗް 1921 ގައެވެ. އެއީ އެކޮލެޖަށް 25 އަހަރު ފުރުނުތަނާ އެވެ. މިބުނި ކޮލެޖަކީ އީސާއީ ދީނުގެ ރޯމަން ކެތޮލިކް މަޛުހަބު ގެ ފަރާތުން ހިންގާ ކޮލެޖެކެވެ. އެކޮލެޖް އުފައްދާފައިވަނީ 1896 ވަނަ އަހަރު އެވެ. އެއީ އޭރު ސިލޯނުގައި ހުންނެވި އެމަޛުހަބުގެ އެންމެ ބޮޑުވެރިޔާ އާރޗް ބިޝޮޕްގެ ހިންމަތާއި މިއްނެތް މަސައްކަތުންނެވެ. އެކޮލެޖް ހުޅުވާފައިވަނީ މާރޗް 2 1896 ގައެވެ. ކޮލެޖްގެ ފުރަތަމަ ނާޒިރަކީ ފާދަރ ކޮލިންސް އެވެ. 

މުޙައްމަދު އަމީން ސެންޓް ޖޯސެފްސް ދާން ފެއްޓިއިރު އެކޮލެޖްގައި ތިބެނީ 2000 އެއްހާ ކުދިންނެވެ. އޭރު ކޮލެޖްގެ ނާޒިރަކީ ރެވަރަންޑް ފާދަރ އެމްޖޭ ލެގޮކް އެވެ. މުޙައްމަދު އަމީން އަށް ވަދެވުނީ އެއްވަނަ ކްލާސްތަކުގެތެރެއިން ޚާއްޞަ ކްލާސް އަކަށެވެ. ފުރަތަމަ މުދައްރިސާ އަކީ 18 ވަރަކަށް އަހަރުގެ ސިންގަޅަ އަންހެން ކުއްޖެކެވެ. މިސް އެން ކާރނަރ އެވެ. ކްލާހުގައި ގާތްގަނޑަކަށް 30 ކުދިން ތިބެއެވެ. 

ސެންޓް ޖޯސެފްސް ކޮލެޖުގައި މުޙައްމަދު އަމީން އާއި ފުރަތަމަ ރަހުމަތްތެރިވި ދެދަރިވަރުންނަކީ އޭރު ސެންޓް ޖޯސެފްސް ކޮލެޖްގެ ކްރިކެޓް ޓީމްގެ ކެޕްޓަން ލޭނާރޑް ޖަޔާ ވަޑޯނާ އެވެ. ފަހުން އޭނާ އަކީ ނިގަންބޫގެ ވަކީލު އެވެ. އަނެއް ރަހުމަތްތެރިއަކީ ބާރޓް ވެންލަން ގަންބާރގް އެވެ. އެއީ ފަހުން ސިލޯނުގެ ތިޖާރާ މަހްކަމާގެ ވެރިޔާ އެވެ.

މުޙައްމަދު އަމީން އުގެނުނު ދުވަސްވަރު އަބަދުވެސް ކްލާހުގެ މަތިން ވަނައެއް ހޯއްދަވައެވެ. އެންމެ ޚާއްޞަ ކަމެއް ދެއްވީ އިގިރޭސި ބަސް، ބޮޓަނީ، ކެމިސްޓްރީ، ކުރެހުން މިމާއްދާތަކުގެ މައްޗަށެވެ. ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިވީ 15 މާރޗް 1926 ވީ ހޯމަ ދުވަހުއެވެ. އެއަށްފަހު ވެދެވަޑައިގަތީ އެއަށްފަހު ވެދެވަޑައިގަތީ ސިލޯނުގެ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖް އަށެވެ.

ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިވީ 15 މާރޗް 1926 ވީ ހޯމަ ދުވަހުއެވެ. އެއަށްފަހު ވެދެވަޑައިގަތީ ސިލޯނުގެ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖް އަށެވެ. ސެންޓް ޖޯންސް ކޮލެޖަކީ ޢީސާއީ ދީނުގެ ޕްރޮޓެސްޓެންޓް މަޛުހަބުގެ ފަރާތުން ހުޅުވި ސުކޫލެކެވެ. ފުރަތަމަ ވަކި 3 ބައެއް ހިގަމުން ދިޔަ މިކޮލެޖް ފަހުން ވެފައިވަނީ ސިލޯނުގައި އަންހެންކުދިންނާއި ފިރިހެންކުދިން އެއްކޮށްގެން ކިޔަވައިދޭން ފެށި ފުރަތަމަ ކޮލެޖް ކަމުގައެވެ. ސެންޓް ޖޯންސް ކޮލެޖްގައި މުޙައްމަދު އަމީން 3 އަހަރު ވަރު ހޭދަކުރެއްވި އެވެ. 

ސެންޓް ޖޯންސް ކޮލެޖްގައި ވާހަކަ ދައްކަން ދަސްކޮށްދޭ ޖަމްޢިއްޔާގެ ސެކެޓްރީކަމަށް މުޙައްމަދު އަމީން އިންތިޚާބުކުރީ އެކޮލެޖަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަދި އެކޮލެޖްގެ ކުދިން ނެރޭ ބާޒު ކިޔާ މަޖައްލާއެއްގެ އެޑިޓަރ ކަން ވެސް ލިބިވަޑައިގަތެވެ. އަދި ސެންޓް ޖޯންސް ކޮލެޖް އިން ވަކިވުމުގެ ކުރިން އެސްކޫލްގެ އިސް މުރުޝިދެއްގެ މަގާމް ވެސް ލިބިވަޑައިގަތެވެ. 

ސެންޓް ޖޯންސް ކޮލެޖްގައި ފުޓްބޯޅަ، ކްރިކެޓް އަދި ބޮކްސިންގ ގައި މުޙައްމަދު އަމީން ބައިވެރިވެ ލެއްވިއެވެ. ބޮކްސިންގ ގައި ފެހި އަދި ހުދުކުލައިގެ ގަމީސް ލުމުގެ ފަޚްރު ހޯއްދެވިއެވެ. ސުކޫލްގައި ކުޅުނު ކޮންމެ ތަމްސީލެއްގައި އެއް މުމައްސިލަކު ކަމުގައި ވިއެވެ. އެސްކޫލްގެ ބޯއީ ސްކައުޓުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެވެ. ސެންޓް ޖޯންސް ކޮލެޖަށް ވަތްތަނާ މުޙައްމަދު އަމީނަށް ދީނިއްޔާތު ކިޔަވައި ދިނުމަށްޓަކައި އައްޝައިޚް ޢަބުދުއް ޞަމަދު އޭނާގެ ތުއްތުބޭބެ ހޯއްދަވައި ދެއްވި އެވެ. 

މުޙައްމަދު އަމީން ކޭމްބްރިޖް ސީނިއަރ އިމްތިހާން ހެއްދެވީ ސެންޓް ޖޯންސް ކޮލެޖްގައި އުޅެމުންނެވެ. ސެންޓް ޖޯންސް ކޮލެޖްގެ ސުކޫލް ބައިގައި އުޅުނު އިރު އެއްއަހަރު ފިޔަވައި ދެން ކޮންމެ އަހަރަކު ޑަބަލް ޕްރޮމޯޝަން މުޙައްމަދު އަމީން ހޯއްދެވި އެވެ. ސެންޓް ޖޯންސް ކޮލެޖް އިން މުޙައްމަދު އަމީން ވަކިވެޑައިގަތީ ހިޖުރައިން 1347 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 15 ދުވަހު އެވެ.

ސިލޯނުން އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށް ކިޔަވަން ދިއުމަށް ފުރީ ރޭލުގައެވެ. އެއީ 27 ރަބީޢުލް އާޚިރު 1347 ގައެވެ. އިންޑިޔާ އަށް ދިޔައީ ބަންގާޅު މަގުންނެވެ. އޭރުގެ ބަންގާޅުގެ ބައެއްގޮތުގައި އޮތް ކަލްކަތާ އަށް މުޙައްމަދު އަމީން މެން ދަތުރުކުރި ރޭލު ދިޔައީ ހެދުނުގެ ވަގުތެއްގައެވެ. ބަންގާޅުން ދެން ދިޔައީ އިންޑިޔާގެ ލަކަނޫ އަށެވެ. 

މުޙައްމަދު އަމީން ދީދީ އަލީގަޅު ޔުނިވަސިޓީއަށް ވަނީ އަލްފާޟިލް އަޙުމަދު ކާމިލްދީދީގެ އެހީތެރިކަމާ އެކުގައެވެ. އަލީގަޅު ޔުނިވަސިޓީގައި އަހަރަކާ އެތަކެއް މަހެން ވަންދެން މުހައްމަދު އަމީން އުޅުއްވި އެވެ. އެއުޅުމުގެ ތެރޭގައި ލަންޑަން މެޓްރިކިޔުލޭޝަން ޓެސްޓުން ފާސްވުމުގެ އިތުރުން، އިންޓަރ ސައިންކްލާހުގެ އިމްތިހާނުންވެސް ފާސްވިއެވެ. 

އަލީގަޅު ޔުނިވަސިޓީގައި މުޙައްމަދު އަމީން ވަނީ ތަފާތު ހަރަކާތްތަކުގައި ވެސް ބައިވެރި ވެފައެވެ. އެގޮތުން އިންޑިޔާގެ ޔުނިވަސިޓީ ތަކުގެ މެދުގައި ބޭއްވި ބަހުސް ކުރުމުގެ މުބާރާތުގައި އަލީގަޅު ޔުނިވަސިޓީގެ ފަރާތުން ބައިވެރިވުމުގެ ފަޚްރު ހޯއްދެވިއެވެ. އަދި އެއަހަރު ބަހުސް މުބާރާތުން 1 ވަނަ އެކޮލެޖް ހޯދިއެވެ. ޔުނިވަސިޓީ ތަކުގެ ތަމްސީލް މުބާރާތުގެ 1 ވަނަ މުމައްސިލުގެ މަގާމް ވެސް މުޙައްމަދު އަމީން ހޯއްދެވިއެވެ. އެކަމުގެ މުނާސަބާގައި ރަންމެޑެލްގެ 6 މެޑެއްޔާއި، ރިހި މެޑެލްގެ 2 މެޑެލް ލިބިލެއްވި އެވެ. އަލީގަޅު ޔުނިވަސިޓީގައި މުޙައްމަދު އަމީން ހުންނެވި ދުވަސްވަރު ދިރިއުޅުއްވީ މިންޓޯގެ ކިޔާ ބޯޑިންގ ގައެވެ.

މަތީ ތަޢުލީމް ޙާޞިލްކުރުމަށް މުޙައްމަދު އަމީން ސިލޯނަށް ދިއުމަށް ފުރާވަޑައިގަތީ ހިޖުރައިން 1338 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ސިލޯނަށް ވަޑައިގަތީ ލޭޑީ މެކްކޮލަމް ކިޔާ މަނަވަރެއްގައެވެ. ލޭޑީ މެކްކޮލަމް ކޮޅުނބުގެ ބަދަރަށްވަނީ 1 ޖުމާދިލް އާޚިރު 1338 ގެ ވީ ހޮނިހިރުވިލޭރޭ މެންދަމެއް ހާއިރު އެވެ. އެއީ 21 ފެބުރުއަރީ 1920 އެވެ. މުޙައްމަދު އަމީން ސިލޯން ގައި ފުރަތަމަ ހުންނެވި ގެޔަށް ކިޔަނީ އައިވަންހޯ އެވެ. 

ކޮޅުނބުގެ މަގުތައް ބަލާލުމުގެ ފުރުޞަތު މުޙައްމަދު އަމީން އަށް ލިބިވަޑައިގަތީ ކޮޅުނބަށް ދިޔަ ދުވަހުގެ ފަހު ދުވަހު އެވެ. އެދުވަހު މުޙައްމަދު އަމީންގެ ތުއްތުބޭބެ އާއެކު ކާރު ދުއްވާލުމަށް ނިކުމެ ވަޑައިގަތެވެ. އެދުވަހުގެ ވަޑައިގަތީ ސިލޯނުގެ ނުގޭ ގޮޑާ ކިޔާ އަވަށެއްގައި ހުންނަ މިރިހާނާ ވަލައްވާ ކިޔާ ގެއަކަށެވެ. އެދުވަހު އެގެއިން އުމުރުން 19 ދުވަސްވީ ކުއްޖަކު އުރާލެއްވި އެވެ. މިބުނި ކުއްޖަކީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ފާތިމަތު އިބްރާހީމް ދީދީ އެވެ. 

ކޮޅުނބުގައި ފުރަތަމަ މުޙައްމަދު އަމީނަށް ކިޔަވާދިނުމަށް އޭނާގެ ތުއްތުބޭބެ ގެނެސްދެއްވި މާސްޓަރ އަކީ ސެންޓް ޖޯސެފްސް ކޮލެޖްގައި ކިޔަވާ ދެއްވާ ބޭފުޅެއްކަމުގައިވާ ސިސިލް އޭ ސްޕްލެޓްސް ވިންޑް އެވެ. ގޭގައި ކިޔަވައި ދޭތާ އަހަރެއްވީތަނާ ސެންޓް ޖޯސެފްސް ކޮލެޖަށް ވަނުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

މުޙައްމަދު އަމީންގެ ޙަޔާތުގެ ކުރީކޮޅަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލުމަށް މަސައްކަތް ކުރެވެމުން ދިޔަ ދުވަސްވަރެކެވެ. 1932 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މުޙައްމަދު އަމީން މަސައްކަތް ކުރައްވާފައި ވެއެވެ. 1943 ވަނަ އަހަރު އޭރު ރަސްކަލަކަށް ހުންނެވި ރަސްކަލުން ރަސްކަމުން ދުރުވެވަޑައިގަތުމާއި، އަދި ދެވަނަ ބޮޑު ހަގުރާމަ ދުނިޔޭގައި ފެށުމާއެކު ދިވެހި ފަސްގަނޑުގައި ވެސް ސިޔާސީ އަރާރުންތަކާއި ކޯޅުންތައް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ދިވެހި ގައުމު އޮތީ ގައުމު ހިންގާނޭ ސިޔާސީ ލީޑަރަކަށް ބޭނުންވެފައެވެ. އޭރު ކޮޅުބުގައި ހުންނެވި އަބުދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަށް ވެސް ވެރިކަމާއި ހަވާލުވުމަށް މާލެ ވަޑައިގަތުމަށް ދައުވަތު އެރުވުނެވެ. 

ނާދީ ތަމައްދުން ގައި ބޭއްވުނު އެތަކެއް ބައްދަލުވުން ތަކަށްފަހު ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ރައްޔިތުންގެ މުތަގައްދިމު ޕާޓީ އުފައްދެވި އެވެ. އަދި އެޕާޓީގެ އިސްކޮށް ތިއްބެވި މެންބަރުންނަށް ފެނިވަޑައިގަތީ މުޙައްމަދު އަމީން ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވެ ވަޑައިގަތުމަށެވެ. 

އެއަށްފަހު ކުރެވުނު ތަފާތު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެއްގެ ގޮތުން ރައީސްކަން 7 މަހާއި 26 ދުވަސް ވަންދެން މުޙައްމަދު އަމީން ކުރައްވާފައި ވެއެވެ. މުޙައްމަދު އަމީންގެ ދައުރުގައި ނާއިބު ރައީސެއްގެ ގޮތުން ހުންނެވީ ވެލާނާގެ އަލްފާޟިލް އިބްރާހީމް ދީދީ އެވެ. 

ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވުން، އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ހަމަޖެއްސެވުން، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ހަމަޖައްސަވާ ޞުލްޙަ ކުރެއްވުން ހިމެނެއެވެ.

އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ވެވިފައިވާ އެއްބަސްވުން (23 އެޕްރީލް 1948 ގައި ވެވިފައިވާ ) އާކުރުމަށް އއިގިރޭސި ދައުލަތުގެ ފަރާތުން ސޮއި ކުރެއްވީ އިގިރޭސި ހައިކޮމިޝަނަރ ސަރ ސިސިލް ސާރޔެސް އެވެ. މިއެގްރީމެންޓަށް ބަދަލުގެންވައި އިސްލާހުގެންނަވައި މިއެއްބަސްވުން އެއްބަސްވީ 1 ޖެނުއަރީ 1953 ގައެވެ. އަދި ފުރަތަމަ ޖުމުހޫރިއްޔަތު އިއުލާން ކުރެވުނެވެ. އެކަން އޮތީ ދާރުލް އުލޫމްގައި އެދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. 

ލިޔެވިފައިވާ ތާރީކުތަކުން ފެންނަގޮތުގައި މުޙައްމަދު އަމީން ދައުލަތް ހިންގެވުމާއި ޙަވާލުވެ ވަޑައިގަތީ އޭރު އޮތް ވަޒީރުންގެ މަޖުލީހުން ޙަސަން ފަރީދު ދީދީއަށް ޗުއްޓީއެއް އެރުއްވުމަށް ފާސްކުރެއްވި ފާސްކުރެއްވުމާއި ގުޅިގެން، ވަޒީރުއް ދާޚިލިއްޔާގެ ގާއިމް މަގާމް ގެ ނަމުގައެވެ. އެއަށްފަހު ޙަސަން ފަރީދު ދީދީ ހުންނެވި ކޮޅުބުގައެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ މިޞްރު ގައެވެ. ބުނެވޭ ގޮތުގައި މުޙައްމަދު އަމީން ވެރިކަން ހިންގަވަން އުޅުއްވީ އެދެބޭފުޅުންގެ ލަފާ ލިބިވަޑައިގަންނަވާ ގޮތެއްގައެވެ. 

ކޮންމެ އަކަސް ޙަސަން ފަރީދު ދީދީ އަށް އެވީގޮތެއްވަންދެން ( ދިވެހި ދައުލަތުން ރަސްމީކޮށް ގަބޫލުކޮށްފައިވަނީ ޙަސަން ފަރީދު ދީދީ ދަތުރުކުރެއްވި އެޗްއެމްއެސް މާލޮއީ ޖަޕާނުގެ ސަބްމެރީނަކުން ޓްރޮޕިޓޯ ޖަހައި ހަލާކުކޮށްލީ ކަމަށެވެ. އެހާދިސާގެ ތެރޭގައި ޚަބަރެއް ނެތި އަވަހާރަވީ ކަމުގައެވެ.) މުޙައްމަދު އަމީން ހުންނެވީ އަލްއަމީރު ޙަސަން ފަރީދު ދީދީގެ އަމުރުގެ ދަށުގައެވެ. އެއަށްފަހު އަލްއަމީރު ޢަބުދުލް މަޖީދު ދީދީގެ ނަޞޭހަތާއި ލަފާފުޅު ގަބޫލު ކުރައްވަން ޖެހޭ ގޮތެއްގައެވެ. 

ރާއްޖޭގެ ރަސްކަމަށް ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި އެކިލެގެފާނު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ހަގީގީ ބާރާއި މަސްއޫލިއްޔަތު މުހައްމަދު އަމީންގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 21 ފެބުރުއަރީ 1952 ގައި ސިލޯނުގެ ކޮޅުބުގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ.

މުޙައްމަދު އަމީންގެ ވެރިކަމުގެ ނިމުމުގެ ސަބަބެއް ކަމުގައި މަޝްހޫރު ލިޔުންތެރިޔާ އަދި އަދީބު އިބްރާހީމް ޝިހާބު ދެކިލައްވަނީ އަންނަނިވި ކަންތައްތަކެވެ. އޭގެ ތެރޭގައި ވެރިކަމުގެ އެންމެ އެތެރޭގައި އުފެދުނު ނޭއްގާނީ ކަމާއި، ހިތް ނުބައިކަން، އަދި ވެރިކަމުގެ ފަހުކޮޅު މުޙައްމަދު އަމީނަށް ޖެހިވަޑައިގަތް ދެއާލާސްކަންފުޅެއްގެ ތެރޭގައި ދިވެހި ދައުލަތް ހިންގަން ނުކުޅެދުން ހިމެނެއެވެ. 

އިބްރާހީމް ޝިހާބު ދެކިލައްވާގޮތުގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އައުމަށް ޢާންމު ބައެއް ސަބަބުތަކާއި ، ޚާއްޞަ ސަބަބުތަކެއް ހިމެނެއެވެ. ޢާންމު ބައެއް ސަބަބަކީ އޭރު ފާސްކުރެއްވި ހިންގާލެވުނު ބައެއް ގާނޫނު ތަކެވެ. އެގާނޫނު ތަކާއި ގުޅިގެން ކަންހިގަމުންދިޔަ ޢަމަލީ ގޮތެވެ. އެކަމަށް ރާއްޖޭގެ ރައްޔިތުން ތަރުޙީބު ދިނުމުގެ ބަދަލުގައި ހިތް ނުބައިވަމުން ދިޔަ ދިޔުމެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ބޮޑު ތަދާއި ދަތިކަމެވެ. އިގްތިޞާދީ މަސްއަލަ ތަކެވެ. ޚާއްޞަ ބައެއް ސަބަބުތަކަކީ ވެރިކަމުގެ އެތެރޭގައި އެކަކު އަނެކަކާ ދެމެދު ހިތް ނުބައިވުމެވެ. ދެވަނަ ސަބަބަކީ ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށްތިބި، ޒުވާނުންގެ ބަޔަކާއި، އެވެރިކަމާ ދެމެދު އޮތް ވިސްނުން ނުބައިވުމަކާއި، ނަފްރަތް ތެރި ކަމެކެވެ. 

ކޮންމެ އަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ ނިމިގެންދިޔައީ ރާއްޖޭގެ ސިޔާސީ ޙަޔާތުން އެފަދަ ކުލަތަކެއް ފެނުމަށް ނޭދޭ ފަދަ ގޮތަކަށެވެ. އެކަން ހިނގީ 21 އޮގަސްޓް 1953 ވީ ހުކުރު ދުވަހު ގުޅަކުޅޭ ފަސްގަނޑަށް މާލޭގެ ރައްޔިތުން އެއްވި އެއްވުމަކާއި ގުޅިގެންނެވެ. އެއީ ހިޖުރައިން 1372 ވަނަ އަހަރުގެ ޛުލްޙައްޖާ މަހުގެ 11 ވަނަ ދުވަހު އެވެ. ބައެއް ލިޔުންތަކުގައި އެކަން ހިނގީ 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ދުވަހުގެރޭގައި ކަމަށް ވެސް ލިޔެފައި ވެއެވެ. 

ތަކުރާރުކޮށް ދަންނަވާނަމަ މުޙައްމަދު އަމީންގެ ވެރިކަމަށް ނިމުން ގެނައީ އެތައް ސަބަބުތަކެއް އެއްވެގެންނެވެ. ކުރިމަތިވީ ބޮޑު ތަދުގެ ދަތިކަމެވެ. ވެރިކަން ދެމެހެއްޓުމަށް އެއްބާރުލާންޖެހޭ ބައެއްގެ އެއްބާރުލުން ކެނޑުމެވެ. އަދި މުހައްމަދު އަމީންގެ އާލާސް ކަންފުޅާއި ދިވެހިންގެ ރުހުން ގެއްލޭފަދަ ގޮތެއްގައި ހިނގި ބައެއް ކަންތައްތައް އެސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖުލިސްގައި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މެންބަރުކަން 1932 ވަނަ އަހަރު މުޙައްމަދު އަމީން އަށް ލިބިލައްވާފައި ވެއެވެ.އެއީ މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައެވެ. ތާރީޚަކީ 11 ޝައްވާލް 1350ހ އެވެ. މިކަމުގެ އިތުރަށް އޭނާ އަދާކުރެއްވި ވަޒީފާ އަކީ ރަދުންގެ ކާތިބުއްސިއްރުގެ ނާއިބު ކަމާއި، ކަސްޓަމާއި ޕޯސްޓް އޮފީހުގެ ނާއިބުކަމެވެ. 

ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ގާނޫނީ ސަރުކާރުގައި މުޙައްމަދު އަމީން ހިމެނިވަޑައިގަތީ އެސަރުކާރުގެ ވަޒީރުއްތިޖާރާ ކަމުގައެވެ. މިދެންނެވި މަގާމްގެ އިތުރަށް އޭނާ ފުރުއްވި ވަޒީފާތަކުގެ ތެރޭގައި ވަޒީރުލް މަޢާރިފްކަން، މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން، ކާތިބުއްސިއްރުކަން، ކަސްޓަމާއި ޕޯސްޓްގެ ވެރިކަން، ރައްޔިތުން މަޖުލީހުގެ މެންބަރުކަމާއި ޒަޢީމްކަން، ވަޒީރުލް ޚާރިޖިއްޔާކަމާއި، ވަޒީރުއް ދާޚިލިއްޔާކަން، މަޙްކަމަތުލް އަމަން ޢާންމުގެ ވެރިކަން، ސިފައިންގެ ވެރިޔާކަމާއި، ވަޒީރުލް އަޢުޒަމްކަން ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމްގައި ވެސް ހުންނެވީ އެކަލޭގެފާނު އެވެ. ކިލެގެކަން ލިބިވަޑައިގަތީ 19 ޖުމާދިލް އާޚިރު 1367 ގައެވެ. 

ދައުލަތުގެ ވަޒީފާތައް އަދާކުރެއްވުމުގެ ތެރޭގައި ވަރަށް ބޮޑެތި ގައުމީ ޚިދުމަތްތައް އޭނާ އަދާކުރައްވާ، އޭގެ ކުރީގައި ދުވަހަކުވެސް ރާއްޖެ ނުދެކޭ އިޞްލާޙުތައް ގެންނަވާފައި ވެއެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ދުވަސްވަރު އޭނާ ރާއްޖެއަށް އަދާކުރެއްވި ޚިދުމަތްތަކާއި، ތަޢުލީމަށާއި، ދިވެހި ތާރީޚަށާއި، ބަހަށް އަދާކުރެއްވި ޚިދުމަތްތަކަކީ ދިވެހި ތާރީޚްގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާޅުވެގެންވާ ކަންތައްތަކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ގާނޫނީ ހުކޫމަތެއްގެ ދަށުން ދިވެހި ސަރުކާރު ހިންގަވަން ފެއްޓެވުން، ތަޢުލީމް މުޅިރާއްޖެއަށް ޢާންމު ކުރެއްވުން، ދުނިޔޭގެ މިޒަމާނުގެ ތަހުޒީބުގެ ތެރެއަށް ދިވެހިރާއްޖެ ނެރުއްވުން، ދިވެހި ބަހާއި އަދަބަށް އައު ދިރުމެއް ގެންނެވުން، ބައިނަލް އަޤުވާމީ ދުނިޔެއަށް ދިވެހިރާއްޖެ ނެރެދެއްވުން، ގައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ގެންނެވުން ފަދަ މުހިއްމު ކަންތައްތައް ފާހަގަކޮށްލަން ޖެހެއެވެ. 

ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވުން، އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ހަމަޖެއްސެވުން، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ހަމަޖައްސަވާ ޞުލްޙަ ކުރެއްވުން ހިމެނެއެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރީތީގެ މުބާރާތެއް ވެސް ބޭއްވީ މުޙައްމަދު އަމީން އެވެ. 

އަންހެނުންނަށް ސަރުކާރުގެ ވަޒީފާ ދެއްވާގޮތަށް ހަމަޖައްސަވައި އަންހެނުން ކުރީ ސަފުގައި ހަރަކާތްތެރި ވުމަށް ބާރު އެޅުއްވި އެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެތޭގެ ރަށްރަށަށް ވަޑައިގެން ތަގުރީރު ކުރައްވައި އެކި ކުޅިވަރުތައް ކުޅުއްވައި، އުޅުއްވި އެވެ. އިމްރާނިއްޔަތު ކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެވެ. 1951 ވަނަ އަހަރު މުހައްމަދު އަމީންގެ ވެރިކަމުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރިއެވެ. ދުންފަތް އެތެރެކުރުމާއި ބޭރުކުރުން ހުއްދަވީ 20ޛުލްގައިދާ 1373 ގައެވެ. އެއީ މުޙައްމަދު ފަރީދުގެ ރަސްކަމުގައި އޭރު އޮތް ރައްޔިތުންގެ މަޖުލީހުން އިއްތިފާގުން ފާސްވެގެންނެވެ. 

މުޙައްމަދު އަމީން އަކީ ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މުޙައްމަދު އަމީން އަކީ ދިވެހި އަދަބިއްޔާތު ގެ ހިގައިގަނެވުނު ދައުރުގައި އެންމެ ފާހަގަކޮށްލެވުނު އަދީބުންގެ ސަފުގައި ގުނާލެވޭނެ ޚިދުމަތްތެރި އަދީބެކެވެ.

މުހައްމަދު އަމީން އަކީ އެންމެ ހިނގާ އެއް ދުލުގެ ވެރިޔާ އެކެވެ.ކުޅަދާނަ ދިވެހި އަދީބެކެވެ. ލިޔުންތެރި އެކެވެ. ވަރަށް ގިނަ ތާރީޚީ ލިޔުންތަކާއި، ދިވެހި ބަހުގެ ގަވާޢިދު ފޮތްތަކާއި، މަޒުމޫނުތައް ލިޔުއްވައި، ނޫސްތައް އުފައްދަވައި، ލިޔުންތައް ޗާޕުކޮށް ނެރެފައި ވެއެވެ.  

މުޙައްމަދު އަމީނުގެ ހަދާނީ ބިނާތަކާއި ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ދެތަނެއް ވެއެވެ. ފުރަތަމަ ތަނަކީ މާލޭގައި ހުރި އަންހެންކުދިންގެ އެންމެ ދުވަސްވީ ސާނަވީ މަދަރުސާ އަމީނިއްޔާ ސުކޫލް އެވެ. 1944 ގައި މަދަރުސަތުއް ސަނިއްޔާގެ ނަމުގައި ފުރަތަމަ ހުޅުވި އަމީނިއްޔާ ސުކޫލްގެ ނަން ނިސްބަތްވަނީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަށެވެ. މީގެ އިތުރުން އަމީނިއްޔާ ސުކޫލްގެ ފަރާތުން ކޮންމެ އަހަރަކު އެސުކޫލްގެ ޚަރަދުގައި އެސުކޫލްގައި ތަޢުލީމު އުގެނުމުގެ ފުރުޞަތު ރާއްޖެތެރޭގެ ކޮންމެވެސް ދަރިވަރަކަށް އަމީން ދީދީ އެވޯޑް ގެ ނަމުގައި ދެވެއެވެ. 

މުޙައްމަދު އަމީންގެ ނަމާއި ގުޅުވައިގެން މާލޭގެ ބޮޑުމަގަކަށް ނަންދެވިފައިވެއެވެ. އެއީ މާލޭގެ ދެކުނު ފަރާތުގައި އިރުން ހުޅަގަށް އޮންނަ ބޮޑުމަގެއް ކަމުގައިވާ އަމީނީ މަގު އެވެ.

އަލްއަމީރު މުޙައްމަދު އަމީން ދޫނިދޫގައި ބަންދުކުރެއްވީ އޭނާ ވެރިކަމުން ވަކިކުރުމަށް ރައްޔިތުން ގެނައި އިންގިލާބަކަށްފަހު ސްރީލަންކާގެ ކޮޅުބުގައި ހުންނަވާފައި މާލެ ވަޑައިގަތުމުންނެވެ. އެބަންދުގައި ކ.ދޫނިދޫގައި ހުންނަވަނިކޮށް ރޭއްވުނު ސިއްރު ރޭވުން ތަކެއްގެ މަތިން 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ވިލޭރޭގެ މެންދަމު މުޙައްމަދު އަމީން މާލެ ވަޑައިގަތުމުން އޭނާ އަށް ބައެއް ފަރާތުން ހާނިއްކަ އާއި އަނިޔާ ލިބުނީ އެވެ.

މުޙައްމަދު އަމީން އަކީ ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ އަވަހާރަކޮށްލި ރައީސެކެވެ. އެމަނިކުފާނު މިދުނިޔެ ދޫކުރެއްވީ މިޒަމާނަށް އައިސް ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމުގެ ތެރޭގައި ސިޔާސީ މަސްރަޙްގައި ތިބި އަމިއްލަ އެދުމުން ފުރިގެންވާ ބައެއްގެ ކެހިވެރި ރޭވުމެއްގައި ހިންގި ވަރަށް ނުރައްކާތެރި ނާމާން ހަރަކާތް ގަނޑެއްގެ ތެރޭގައި އެމަނިކުފާނުންގެ ހަށިކޮޅަށް ދެވުނު ވަރަށް ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ. 

ޝަރީޢަތަށް ސާބިތުވި ގޮތުގައި ފާމުދޭރިގޭ އިބްރާހީމް ޙިލްމީ ދީދީގެ ރޭއްވެވުމުގެ މަތިން މުޙައްމަދު އަމީން މާލެ ގެންނަވައި ގުޅަކުޅޭ ފަސްގަނޑުގައި ހިނގި ހަމަ ނުޖެހުމުގައި (21 އޮގަސްޓް 1953 ގައި) އަލްއަމީރު މުޙައްމަދު އަމީންގެ ހަށިކޮޅަށް ވަރަށް ބޮޑު އަނިޔާ އާއި ގެއްލުން ލިބުނެވެ. މުޙައްމަދު އަމީން އަވަހާރަވީ އެރޭ ހިނގި ކަންތައްތަކަށްފަހު ކ.ގާފަރަށް އަރުވާލައްވާފައި ހުންނަވަނިކޮށް، އޭނާގެ ޙާލު ބޮޑުވެގެން ކ.ވިހަމަނާ ފުއްޓަށް ގެންނެވުމަށްފަހު ގައެވެ. 

އަވަހާރަވީ ލިބުނު އަނިޔާއަށް އެކަށޭނަ އެއްވެސް ޝިފާއެއް ލިބިވަޑައި ނުގެން، އޮންނަވާން ޖެހިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މުޙައްމަދު އަމީން އަވަހާރަވީ 19 ޖެނުއަރީ 1954 ގައެވެ. އެއީ ހިޖުރައިން 13 ޖުމާދިލް އޫލާ 1373 ގައެވެ. މުޙައްމަދު އަމީން ފަސްދާނު ލެވިފައިވަނީ ކ. ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ ވިލެޖް ޓޫރިސްޓް ރިސޯޓެވެ.




#Article 179: ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު (420 words)


ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަކީ 1944 އިން 21 ފެބްރުއރީ 1952 އަށް ދިވެހި ރަސްކަމުގެ ތަޚުތަށް އިންތިޚާބު ކުރެވިފައި ހުރި ރަދުންނެވެ.

ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަކީ ހުރާގޭ ޚާންދާންގެ އެއްގޮފި ކަމުގައިވާ އަތިރީގޭ ޢާއިލާގެ އެންމެ ޚާއްޞަ އެއް ޝަޚްޞިއްޔަތެވެ. އެކިލެގެފާނުގެ ބައްޕާފުޅަކީ އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދޮންދީދީ އެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 8 ޝަޢުބާން 1293ހ، 29 އޮގަސްޓް 1876މ ގައެވެ.
 
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ފުރަތަމަ ކައިވެނި ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ ދޮންގޮމާ އާއެވެ. މިބަނޑުފުޅުން އަލްއަމީރު މުޙައްމަދު ފަރީދު ދީދީ އާއި، އަލްއަމީރު ޙަސަން ފަރީދު އާއި، އަލް އަމީރާ ފަރީދާ ލިބިވަޑައިގަތެވެ. ދެވަނައަށް ކައިވެނި ބައްލަވައިގަތީ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދޮން ދީދީއާއެވެ. މިބަނޑުފުޅުން އައްނަބީލް އިބްރާހީމް ފަރީދު ލިބިވަޑައިގަތެވެ. ބޮޑުފުޅުވީ މި ހަތަރު ބޭފުޅުންނެވެ.

ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަކީ އެޒަމާނާއި އެކަށީގެންވާ ފެންވަރަކަށް ތަޢުލީމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޢަރަބި، އުރުދޫ، އިގިރޭސި، ތަމަޅަ، މިބަސްބަހުން ރަގަޅަށް ވާހަކަފުޅު ދައްކަވައެވެ. ސިންގަޅަ ބަސް މަތީ ފެންވަރަކަށް ދެނެވަޑައިގަންނަވައެވެ. 

ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރަންވަން ފެއްޓެވީ އެމަނިކުފާނުގެ ބައްޕާފުޅު ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާގެ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި އެހީތެރިއެއްގެ ގޮތުންނެވެ. މިގޮތުގައި ހުންނަވައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ތަޚްތަށް އިސްވެ ވަޑައިގެން ގިނަދުވަހެއް ނުވެ، ދައުލަތް ހިންގުމުގެ ބާރު، އެމަނިކުފާނުގެ އަތްޕުޅުގެ މައްޗަށް ލިބިވަޑައިގަތެވެ. އެރަދުންގެ ދިގު ރަސްކަމުގެ ދުވަސްތަކުގައި ބޮޑު ވަޒީރެއްގެ ގޮތުން ހުންނަވައި، ފުރަތަމަ ގާނޫނު އަސާސީ ފާސްވެ ހަމަޖެހުމުން، އެމަނިކުފާނު މަގާމުން ޕެންޝަން ހޯއްދަވައި، ވަކިވެ ވަޑައިގަތެވެ. އޭގެ ފަހުން އަވަހާރަ ވެއްޖައުމަށް ދާންދެން އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ޒަޢީމެވެ. އަދި ދިވެހި ދައުލަތުގެ މުސްތަޝާރުލް އަޢުޒަމް އެވެ. އަދި ދިވެހި ތަޚްތަށް އިންތިޚާބުކޮށްފައިވާ ވެރިޔާ އެވެ. އެކިލެގެފާނު ދިވެހި ރަސްކަމުގެ ތަޚްތަށް އިންތިޚާބު ކޮށްފައިވަނީ 12 އެޕްރީލް 1943 ގައެވެ. އެއީ ހިޖުރައިން 6 ރަބީޢުލް އާޚިރު 1362 ވީ ހޯމަ ދުވަހެވެ. ކިލެގެކަން ލިބިވަޑައިގަތީ 7 ރަޖަބު 1347 ގައެވެ. 

ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ސިޔާސީ ގޮތުން ދިވެހިރާއްޖެ މިޒަމާނުގައި ދުށް އެންމެ ކާމިޔާބު ލީޑަރެކެވެ. ރާއްޖޭގެ ރަށްތަކުގެ ޢިމްރާނިއްޔަތު ތަރައްގީ ކުރައްވައި، މިގޮތުން ރަށްރަށުގެ މަގުތަކާއި، މިސްކިތްތަކާއި، ޒިޔާރަތް ފަދަ ތަންތަން، އާކުރައްވައި، ސަރުކާރުގެ ފަރާތުން ދިވެހި ދަރިންނަށް ތައުލީމު ދޭނެ މަރުކަޒުތަކެއް ފުރަމާލޭގައި ހުޅުއްވި އެވެ. އަދި ދައުލަތުގެ ހުސްވެފައިވާ ޚަޒާނާއަށް މުއްސަދިކަން ގެންނެވީ އެކަލޭގެ ފާނުގެ މިއްނެތް މަސައްކަތްޕުޅާއި ރޭވެވުމުގެ މަތިންނެވެ.  ދިވެހިރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް ފުރަތަމަ ޙަރަކާތްތެރިވި މުޙައްރިރަކީ އެމަނިކު ފާނު އެވެ. އަދި ދުސްތޫރީ ގާނޫނު އަސާސީ އުވުނަ ނުދެއްވާ، ދެމެހެއްޓޭނެ ގޮތް ރޭއްވެވި ބޭފުޅަކީ ވެސް ޚުދު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެވެ.

ދިވެހި ރައްޔިތުން އަތުން ސަރުކާރަށް ނަގަމުން އައި ވާރު ކަނޑުއްވާލައްވައި ވިޔަފާރި ވެރިންގެ އަތުން ޓެކްސް ނަގާގޮތަށް ހަމަޖެއްސެވި އެވެ. މިރަދުންގެ ރަސްކަމުގެ ދުވަސްވަރަށް ކިޔައި އުޅުނު އުއްސަކުރު ޒަމާނެވެ.

ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަކީ ހަށިކޮޅާއި ރޫފަ ގުޅޭ، އިސްކޮޅުން ބޮޑު ދޮން ބޭފުޅެކެވެ. އަދި އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއް މެއެވެ. ހުރިހާ ޢުމުރެއްގެ، ހުރިހާ މިޒާޖެއްގެ، ހުރިހާ ފެންވަރެއްގެ މީހުންނާއި ގުޅިގެން އުޅުމުގެ ލަޔާގަތު ލިބިފައިވާ ބޭފުޅެކެވެ. 

ރާއްޖޭގެ ރަސްކަމަށް ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި އެކިލެގެފާނު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ހަގީގީ ބާރާއި މަސްއޫލިއްޔަތު މުހައްމަދު އަމީންގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 21 ފެބުރުއަރީ 1952 ގައި ސިލޯނުގެ ކޮޅުބުގައެވެ.

ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމުން ވަކިވެވަޑައިނުގެން ހުންނަވައި، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 24 ޖުމާދިލް އޫލާ 1371ހ، 21 ފެބުރުއަރީ 1952 ވީ ބުރާސްފަތި ދުވަހު އެވެ. ފަސްދާނު ލެވުނީ ކޮޅުބުގެ މާލިގާ ވައްތޭ ގައެވެ. 




#Article 180: ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) (406 words)


އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ 1935 އިން  1943 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރަ އިންގެ ދަރިކަލުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އެމަނިއްޕުޅުގެ ޢާންމު ނަންފުޅަކީ އެއްގަމުގޭ މަނިއްޕުޅު އެވެ. ނުވަތަ މާޖެހިގަނޑުވަރު މަނިއްޕުޅު އެވެ.އާއިލީ ގޮތުން ބަލާއިރު އައްސުލްޠާން މުޙައްމަދު ޝަމުސުއްދީނާއި ވަރަށް ތިމާގެ ބޭފުޅެކެވެ. އެއީ މުޙައްމަދު ޝަމުސުއްދީންގެ ބޮޑުބޭބެ ޙަސަން ޢިއްޒުއްދީން އަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. މިރަދުންގެ މަންމާފުޅަކީ ދަނޑިކޮށީގެ ދީދީ ނުވަތަ ޒުލައިޚާ އެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 27 ރަޖަބު 1304ހ، 21 އެޕްރީލް 1887މ ގައެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 17 ޛުލްޤައިދާ 1353ހ، 21 ފެބުރުއަރީ 1935މ ގައެވެ. މިރަދުންނަކީ ރަސްކަމުގެ އާދަކާދަތައް ހިފެހެއްޓެވި، އަދި ޝާހީ ޢާއިލާއަށް ކަމޭހިއްތެވި، މަޑުމައިތިރި އަޚްލާޤެއްގެ ބޭފުޅެކެވެ. ޞުލްޙައަށް ލޯބިކުރެއްވި ރަސްކަލެކެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން 21 ފެބުރުއަރީ 1935 ވީ ބުރާސްފަތި ދުވަހުގައެވެ. ރަސްކަމަށް ކޮލިލެވުނީ 21 ޖުލައި 1938 ގައެވެ. އެއީ ހިޖުރައިން 22 ޖުމާދިލް އޫލާ 1357 ވީ ބުރާސްފަތި ދުވަހެވެ. އަދި ރަސްކަމަށް ކޮލިލުމާއި ގުޅިގެން އެރަދުންގެ ކޮލި ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ރާއްޖޭގައި ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލާފައިވަނީ މިރަދުންނަށެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުގައި ހުންނެވީ ހަމައެކަނި ފަތްފަތްކޮޅުގައި ސޮއިކުރައްވާ ރަސްކަލެއްގެ ގޮތުގައެވެ. ހަގީގީ ބާރު އޮތީ ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އާއި، އޭނާގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދު ދީދީގެ އަތްޕުޅުގައެވެ. 

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ މިރަދުންގެ ރަސްކަމުގައެވެ. ހަނގުރާމައިގެ ތެރޭގައި މިރަދުން ރަސްކަމުން އިސްތިއުފާ ދެއްވި އެވެ. އެއީ 2 ރަބީޢުލް އާޚިރު 1362ހ، 8 އެޕްރީލް 1943 ވީ ބުރާސްފަތި ދުވަހު (2 ރަބީޢުލް އައްވަލް 1363) ގައެވެ. ރަސްކަމުން އިސްތިއުފާ ދެއްވީ 8 އަހަރު ދުވަހު ރަސްކަން ކުރެއްވުމަށްފަހު ގައެވެ. މިރަދުންގެ ރަސްކަމުގައި ބޮޑު ވަޒީރަކަށް ހުންނެވީ އަލްއަމީރު މުޙައްމަދު ފަރީދު، ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އެވެ.

މަޝްހޫރު ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ މިރަދުންގެ ރަސްކަމުގައެވެ. އޭރު ރާއްޖެއަށްވަނީ މިހަނގުރާމައިގެ ސަބަބުން ދަތިކަން ފޯރާން ފަށާފައެވެ. ރަސްކަމުން އިސްތިއުފާދެއްވުމަށްފަހު އަވަހާރަ ވަންދެން ހުންނެވީ ވަލީ ކޮމެޓީ މެންބަރެއްގެ ގޮތުގައެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އިގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ވާރު ކެނޑުން، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިގިރޭސި އައްޑުއަތޮޅު ގަމަށް ފޭބުން، ރައްޔިތުންގެ ބޮޑު އިސްޓޯރު ހުޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެންމެ ފަހުން ބޮޑު ތިލަދުންމަތި އައީ ވެސް މިރަދުންގެ ރަސްކަމުގައެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އިގިރޭސި ވިލާތުގެ ރާޖާގެ ފަރާތުން ދިވެހި ރަސްކަލަކަށް ފުރަތަމަ ކޭސީއެމްޖީ ލިބިވަޑައިގެންފައިނެވި ރަދުންނެވެ. އަދި މިރަދުންނަކީ ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލެވުނު ރަދުންނެވެ.މިރަދުން ރަސްކަމަށް ކޮލިލީ 20 އޮގަސްޓް 1938 ގައެވެ.  ކޮލީ ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ކޮލި ނަންފުޅަކީ ސިރީ ބަވަނާއްދީއްތަ މަހާރަދުން ކަމުގައި ލިޔެފައި ވެއެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އިސްކޮޅުން މެދުމިނުގެ ގައިގެ ކުލަކޮޅު ވަރަށް ދޮން ބޭފުޅެކެވެ. އެރަދުންގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ތިއްބެވި ބޭފުޅުންނަކީ އަލްއަމީރު މުޙައްމަދު ނޫރައްދީން، އަލްއަމީރާ އަނީސާ ނޫރައްދީން، އަލްއަމީރާ ޒަރީނާ ނޫރައްދީން، މިތިން ބޭފުޅުންނެވެ. 

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުން ވަކިވެ ވަޑައިގެން ހުންނަވަނިކޮށް، މިމަނިއްޕުޅު އަވަހާރަވީ 5 މުޙައްރަމް 1387ހ، 15 އެޕްރީލް 1967 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާން ގައެވެ. 




#Article 181: ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) (535 words)


ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެ ފަހަރެއްގެ މަތީން ދިވެހި ތަޚުތުގައި ރެދަލި ކުރެއްވިއެވެ.ހުރާގޭ ދަރިކޮޅުން، މުލީގޭ ޢާއިލާއިން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އިސްކަންދަރު ސިރީކުލަސުންދުރަ، ކައްތިރި ބަވަނަ މަހާރަދުންނަކީ ދިވެހި ސިންގާ ސަނާގައި ރެދަލި ކުރެއްވި 81 ވަނަ ރަދުންނެވެ. ރަސްކަން ދައުރު ކުރުމުގެ ގޮތުން ބަލާއިރު 91 ވަނަ ރަދުންނެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ އަލްއަމީރު ވެޔޮގޭ (ވެޔޮދޮށުގޭ) މަނިއްޕުޅުގެ ދަރިކަނބަލުން ކަކާގޭ ގޮމަ (ވެޔޮދޮށުގޭ މަނިއްޕުޅުގެ ދޮން ގޮމާ )އެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ޛުލްޤައިދާ 1296ހ، 20 އޮކްޓޯބަރ 1879 ގައެވެ. ބައެއް ތާރީޚީ ލިޔުންތަކުގައި މިރަދުންނަށް އިބްރާހީމް ނޫރައްދީންގެ ދަރިކަލުން އިބްރާހީމް ޝަމުސުއްދީނޭ ވެސް ލިޔެފައި ހުރެއެވެ. އަދި ހަމަ އެހެންމެ މުލީގޭ މަނިއްޕުޅު ކިޔަނީ ވެސް މިރަދުންނަށެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ފުރަތަމަ ކާވެނި ބައްލަވައިގަތީ ނެވިގޭ ޙަސަންފުޅުގެ މާވެޔޮދޮށުގޭ ދީދީ އާއެވެ. ދެން ކަޅުހުރާގޭ ބޮޑު ސީދީގެ ސިއްތި އާއެވެ. އޭގެ ފަހުން މެދުގަނޑުވަރު މަނިއްޕުޅުގެ ދޮށީ ގޮމައާއެވެ. މިއީ މިރަދުން އަވަހާރަވި އިރުވެސް އިންނެވި އަބިކަނބަލުންނެވެ. ކަޅުހުރާގޭ ސިއްތިގެ ބަނޑުފުޅުން ލިބިވަޑައިގަތީ އަލްއަމީރު ޙަސަން ޢިއްޒުއްދީން އެވެ. ދޮށީ ގޮމާގެ ބަނޑުފުޅުން ލިބިވަޑައިގަތީ ތިއްތި ގޮމަފުޅު، މެދު ގޮމަފުޅު، އަދި ތުއްތު ގޮމަފުޅު އެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އަކީ އެކަށީގެންވާ ފެންވަރަކަށް ޢިލްމު ލިބިވަޑައިގެން ހުންނެވުމާއެކު، ދޫފުޅާއި ގަލަންކޮޅު ހިނގާ ބޭފުޅެކެވެ. ކެތްތެރި ވިސްނުންތެރި އެކެވެ. ރާއްޖެއަށާއި، ޢާންމު ރައްޔިތުންނަށް ތަފާތު ޚިދުމަތްތަކެއް ކުރަންވަން ފެއްޓެވި ރަސްކަލެކެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ދެފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ރަސްކަން 33 އަހަރު ކުރެއްވި އެވެ. ފުރަތަމަ ފަހަރު ޢުމުރުފުޅުން 14އަހަރުގައި 20 ޝައްވާލް 1310ހ، 7 މެއި 1893 ( ބައެއް ލިޔުންތަކުގައި 7 މެއި 1883) ގައި ރަސްކަން ލިބިވަޑައިގަތެވެ. ނަމަވެސް ރަގަޅު ގޮތްކަމަށް ބޮޑަށް ބުރަވެވެނީ 7 މެއި 1893 ގައި ކަމަށެވެ.  އެފަހަރު 3 މަސްދުވަހު ތަޚްތުގައި އިންނެވުމަށްފަހު، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ނުވަތަ ޙާޖީ ޢިމާދުއްދީން އަށް އެރަސްކަން ބަދަލު ކުރެވުނެވެ. ދެވަނަ ފަހަރަށް ތަޚްތަށް އިސްކުރެވުނީ 13 ޛުލްޙައްޖާ 1320ހ، 8 އެޕްރީލް 1904 ގައެވެ. ( ބައެއް ލިޔުންތަކުގައި 11 މާރޗް 1903 ކަމަށް ލިޔެފައި ވެއެވެ. އަދި މިއީ ރަގަޅު ގޮތްކަމަށް ފެނެއެވެ. ) ރަސްކަމަށް ކޮލިލެވުނީ 3 އޮގަސްޓް 1904 ގައެވެ.(ބައެއް ލިޔުންތަކުގައި މިރަދުންނަށް ކޮލިލެވުނީ 5 އޮގަސްޓް 1904 ގައެވެ. )އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ކޮލީ ނަންފުޅަކީ ސިރީކުލަ ސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން މިއެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމުގައި ދިވެހިރާއްޖެ އަށް ލިޔެވިގެންވާ ގާނޫނަކުން ދުސްތޫރީ ޙުކޫމަތެއް ލިބިގެން ދިޔައެވެ. އާދެ ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެއް އުފެއްދެވީ ޝަމުސުއްދީން ރަސްކަމުގައި އެރަސްގެފާނު ގެ އަމުރުފުޅަށެވެ. މިގާނޫނު އަސާސީ އިޢުލާނު ކުރެއްވީ 22 ޑިސެމްބަރު 1932 ގައެވެ.(23 ޝަޢުބާން 1351 ގައެވެ). މިރަސްގެފާނުގެ ރަސްކަމުގައި ހިނގި ބޮޑު ހަމަނުޖެހުމެއްގައި މިގާނޫނު އަސާސީ ވީދައިލިއެވެ. އަދި މަޝްހޫރު މޮޓަރު ބޯޓް ގަޑުބަޑު ހިގައި ދިޔައެވެ.  އިގިރޭސި ރާޖާގެ ފަރާތުން ދިވެހި ރަސްކަލަކަށް ފުރަތަމަ ޢިއްޒަތެއް ލިބިވަޑައިގެން  ރަސްކަލަކީ މިރަދުންނެވެ. އެއީ ކޭސީއެމްޖީގެ އިއްޒަތް އެވެ. މިރަދުންގެ ރަސްކަމުގައި ބޮޑުވަޒީރުކަން ކުރެއްވީ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އާއި، އޭނާގެ ދަރިކަލުން ސުމުއްވުލް އަމީރު ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި، އޮޅުދޫ ކަރައިގެ ގަވަރުނަރަކު ( ހިޒް އެކްސެލެންސީ ސަރ ހެންރީ މެކްކޮލަމް ) ފުރަތަމަ ފަހަރަށް މާލެ ވަޑައިގަތުމާއި، ދިވެހިރާއްޖޭގެ ވެރިކަމާއި ތޮޅުމަށް ޕިޝޯރީން(ޕިޗޯރީން) އައުން، އަދި މިރަދުންނަށް ރަސްކަމަށް ކޮލިލުން ހިމެނެއެވެ. އަދި މާލެއާއި ރާއްޖެތެރޭގެ މިސްކިތްތަކާއި ޒިޔާރަތްތައް އާކުރެއްވުން ހިމެނެއެވެ. މާލޭގެ މަގުތައް ހައްދަވައި، ޢިމްރާނީ ތަރައްޤީގެ ތެރެއަށް ދިވެހިރާއްޖެ ގެނެވެން ފެއްޓުނީ އަދި ދިވެހި ދަރީންނަށް ދައުލަތުގެ ޢިނާޔަތުގެ ދަށުން ތަޢުލީމް ލިބޭނޭ މަގު ހުޅުވާލެވުނީ މިރަދުންގެ ރަސްކަމުގައެވެ. މިރަދުންނަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ފަސް ޢާއިލާގެ ތެރެއިން އެންމެ ފަހުން އޮތް، ހުރަވީ ޢާއިލާގެ ވިރާސީ ރަސްކަމުގެ 11 ވަނަ ރަދުންނެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އަކީ އިސްކޮޅުން މެދުމިނުގެ ކުލަ އޮޅަލި ބޭފުޅެކެވެ. އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއްގެ ވެރި ބޭފުޅެކެވެ. ކެތްތެރި ވިސްނުންތެރި އެކެވެ. ދިވެހި ފާނޑުވެރިކަމާއި މިއުޒިކްގައި ޚާއްޞަ އުސްތާޛެކެވެ. ރަސްކަމުގެ އާއިލާގެ ބޭފުޅުންގެ މައްޗަށް އޯގާތެރި އަދި އެބޭފުޅުންނަށް ޙިމާޔަތް ދެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. 

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) 32 އަހަރުގެ ދިގު ރަސްކަމަށްފަހު ރަސްކަން ނިމިގެންދިޔައީ ގާނޫނު އަސާސީ އަށް އެގޮތް މިގޮތް ވަމުން ދިޔަ ދުވަސްވަރުގެ ތެރޭގައެވެ. އެރަދުން ޢަޒުލުކުރެވިފައިވަނީ 7 އޮކްޓޯބަރ 1934(27 ޖުމާދިލް އާޚިރު1353) ގައި ހިނގި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އަޒުލުކުރެވުނީ އެދުވަހުގެރޭ 11 ޖެހިކަންހާއިރު އެވެ. އެރަދުން އަވަހާރަވީ 24 ރަޖަބު 1366ހ، ގައެވެ. ފަސްދާނު ލެވުނީ މާލޭ ހުކުރު މިސްކިތް ގައެވެ.




#Article 182: ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ) (424 words)


ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަކީ  1893 އިން  1902 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އަކީ ހުރާގޭ ޚާންދާނުން ރަސްކަންކުރެއްވި 9 ވަނަ ރަދުންނެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިން ގެ އަލްއަމީރު ޙަސަން ޢިއްޒުއްދީން ނުވަތަ މާންދޫގޭ ލޯފަން މަނިއްޕުޅު އެވެ. މަންމާފުޅަކީ މާންދޫގޭ އަލްފާޟިލް މުޙައްމަދު ދީދީގެ ދޮންދީދީ އެވެ. މިރަދުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 ރަޖަބު 1285 ނުވަތަ 25 އޮކްޓޯބަރ 1868 ގައެވެ. ރަސްކަމަށް އިސްވެވަޑައިގަތީ 6 މުޙައްރަމް 1311ހ، 20 ޖުލައި 1893 ގައެވެ. ބައެއް ލިޔުންތަކުގައި ރަސްކަމަށް އިސްކުރެވުނު ތާރީޚަކީ 21 ޖުލައި 1893 ކަމަށް ލިޔެފައި ވެއެވެ.  މިރަދުން މަޝްހޫރު ވެފައިވަނީ ޙާޖީ ޢިމާދުއްދީން ގެ ނަންފުޅުންނެވެ. 20 ވަނަ ގަރުނު ފެށުނު އިރު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި އިންނެވީ މިރަދުންނެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ފުރަތަމަ ކާވެނިފުޅު ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ އާގަނޑުވަރު ދޮށީ ގޮމަޔާ އެވެ. އެބަނޑުފުޅުން އަލި ރަސްގެފާނު ގަނޑުވަރު ގޮމަފުޅު ލިބިވަޑައިގެންނެވި އެވެ. ދެވަނަ އަށް ކާވެނި ބައްލަވައިގަތީ އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ އުއްމު ކުލްޘޫމް ދީދީ އާއެވެ. މިބަނޑުފުޅުން ލިބިވަޑައިގަތީ ޢަބުދުﷲ ޢިމާދުއްދީން، ޙަސަން ޢިމާދުއްދީން، އިސްމާޢީލް އިމާދުއްދީން، އަދި ގުލިސްތާން ޢިމާދުއްދީން އެވެ. ތިންވަނައަށް ކާވެނިފުޅު ބައްލަވައިގަތީ މިޞްރުގެ އަންހެނެއްކަމުގައިވާ ޝަރީފާ ހާނިމް އާއެވެ. މިބަނޑުފުޅުން ދައުލަތު ޢިމާދުއްދީން ލިބިވަޑައިގަތެވެ.

މިރަދުންގެ ކޮލީ ނަންފުޅެއް ނޯވެއެވެ. އެއީ އެރަދުން ކޮލި ނުލާތީ އެވެ. ދިވެހިރާއްޖޭގައި މިރަދުންގެ ނަންފުޅުގައި ބޭނުންކުރާ 3 ނަންފުޅެއް އޮވެއެވެ. އެއީ ޙާޖީ ބަންޑާރައިން ނަންފުޅާއި، ސުވޭހު ބަންޑާރައިން މިނަންފުޅާއި، ޙާޖީ ޢިމާދުއްދީން މިނަންފުޅެވެ. މިރަދުންގެ ރަސްކަމުގައި ދިވެހިރާއްޖޭގެ ޙާލަތު އޮތީ ވަރަށް އާދައިގެ ގޮތެއްގައެވެ. އާންމުދަނީ ލިބޭނެ މާބޮޑު ވަޞީލަތެއް ނޯވެއެވެ. ވާރަށް ނަގާ ތަކެއްޗާއި ފަޅު ރަށްރަށުން ލިބޭ ތަކެއްޗަކީ ޢާންމުދަނީ އަށް ލިބޭ ތަކެއްޗެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ގެ ރަސްކަމުގައި މާލޭގެ 4 އަވަށުގައި ކިޔަވައިދޭނޭ އެދުރުން ލައްވައި، އެމީހުންނަށް ހަނޑުލުން މުސާރަ ދެއްވައި، ބަންޑާރަ އެދުރުގޭގެ ނަމުގައި މަދަރުސާ އުފެއްދެވި އެވެ. އަދި ކަޅުވަކަރު މިސްކިތް އެންމެ ފަހުން އެމިސްކިތް ނެންގެވި ތަނަށް ބަދަލުކުރެއްވެވީ ވެސް މިރަދުންނެވެ. މީގެ އިތުރުން މާލޭގެ ވަށާ ތޮއްޓާއި، ބޮޑުފާރު ވެސް މަރާމާތު ކުރެއްވި އެވެ. އުސްގެ ކޮޅު އިމާރާތް ކުރައްވަން ފެއްޓެވި އެވެ. ގަނޑުވަރުތެރޭގެ ކުއްލާބު ގެއާއި، ބޮޑުކިބައިގައި އިމާރާތް ބަދަލު ކުރައްވައި، އާކުރެއްވި އެވެ. އަދި ފަހުން ހުރިގޮތަށް މާންދޫގޭ ޢިމާރާތް ކުރެއްވީ ވެސް މިރަދުންނެވެ. 

އަދި މިރަދުން ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ގޮތުން އަލްޤާޟީ ޙަސަން ތާޖުއްދީންގެ ތާރީޚް ފޮތާއި، އަދިވެސް ބައެއް ޢިލްމުވެރީން ލިޔުއްވާފައިވާ މިމައުޟޫޢުގެ ފޮތްފޮތް ދިވެހި ބަހަށް ގެންނެވުމުގެ މަސައްކަތް އެކަށީގެންވާ ބޭފުޅުން މެދުވެރި ކުރައްވައިގެން ހިންގެވި އެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ)ގެ ދުވަސްވަރު ބޮޑުވަޒީރުކަން އަދާކުރެއްވީ ކަކާގެ ސުމުއްވުލް އަމީރު މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު އާއި، އަތިރީގެ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެވެ. ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ބެހޭގޮތުން، ޢަރަބި ބަހުން ފޮތެއް ލިޔުއްވައި، މިރަދުން ޝާއިޢު ކުރެއްވި އެވެ. އަދި ޢަރަބި ބަހުން ރޫމީ މައިލެއްވެސް އެކުލެއްވެވި އެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) އަކީ އިސްކޮޅުން ބޮޑު، ހައިބަތުހުރި ، ދޮންބޭފުޅެކެވެ. ތަފާތު ރޮނގުރޮނގުން ރަސްމީ ޚިދުމަތް ކުރެއްވި، އަދި އަމިއްލަ ފުޅު ގޮތުން ވެސް އެކަންކަމަށް ޝައުޤުވެރި ވަޑައިގެންނެވި ބޭފުޅެކެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) އަކީ މާންދޫގޭ އެހެން ބޭފުޅުން ފަދައިން، ޢިލްމާއި އަޚްލާޤުގައި ޝާހީ ޢާއިލާގެ ރީތި ނަމޫނާ އެކެވެ. އުރުދޫ ބަހާއި، ޢަރަބި ބަސް ދެނެވަޑައިގަންނަވައެވެ. އަދި ފަންނީ ރޮނގުން ގިނަ ކަންތައްތަކެއް ދެނެވަޑައިގަންނަވާ ފަންނުވެރި ބޭފުޅެކެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ރާއްޖެ ދޫކުރައްވައި މިޞްރަށް ވަޑައިގެން ހުންނަވަނިކޮށް 13ޛުލްޙައްޖާ 1320ހ ، 12 މާރޗް 1903 (11މާރޗް 1903 ގައި ) ގައި ރަސްކަމުން ޢަޒުލު ކުރެވުނެވެ. އަދި 29 ޖުމާދިލް އޫލާ 1351ހ، 30 ސެޕްޓެމްބަރ 1932 ގައި އަވަހާރަވެ، ގާހިރާގައި ފަސްދާނު ލެވުނެވެ.




#Article 183: ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) (321 words)


ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަކީ  1835 އިން  1883 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުން 48 އަހަރާއި 4 މަހާއި 28 ދުވަހު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. މިއީ އެއްމެ ގިނަ ދުވަހު ދިވެހި ތަޚުތުގައި ރެދަލި ކުރެއްވި ރަދުންނެވެ.މިއީ ދިވެހި ތާރީޚްގައި މަޝްހޫރު މުސްކުޅި ބަންޑާރަ އިންނެވެ. މިރަދުންނަކީ ކުލަދޮން، އިސްކޮޅުން މެދުމިނުގެ ބޭފުޅެކެވެ. ގިނަ މީހުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވާ އުޅުއްވާ ބޭފުޅެކެވެ. 

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ އޭނާގެ ބައްޕާފުޅު ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، އަވަހާރަވުމަށްފަހު ގައެވެ. އޭރު މިރަދުންގެ އުމުރުފުޅަކީ 19 އަހަރު އެވެ. މިރަދުން ކިޔަވާ ވިދާޅުވީ މުޙައްމަދު މަހުދުއްދީން ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. އަދި ތަރިތަކާބެހޭ ޢިލްމު ދަސްފުޅު ކުރައްވަން ރަދުން އުޅުއްވުމުން ފަނޑިޔާރު މަނިކުފާނާއި ދެމެދުގައި ދެބަސްވުމެއްވެސް ހިނގިއެވެ. އެއީ ފަނޑިޔާރު މަނިކުފާނަށް ފެނިވަޑައިގަތީ ރަދުން އަރަބި ބަހާއި ދީނީ ޢިލްމު އުގެނުމަށެވެ. ރަދުން ބޭނުންފުޅުވަނީ ނުޖޫމީ ޢިލްމު ދަސްކުރެއްވުމަށެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި ހިޖުރައިން 1250 ވަނަ އަހަރު ގެ ޖުމާދިލް އާޚިރު މަހު ލިޔެފައިވާ ފަތެއް މިރަދުންނަށް ލިބިވަޑައިގަތެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން އެއީ ބުމްބާއީގެ ވެރިމީހާ ފޮނުއްވި ފަތެކެވެ. ދިވެހި ތާރީޚުން އެނގޭގޮތުގައި މިފަތް ހިފައިގެން އައި މީހަކީ ދިވެހިންގެ މެދުގައި ލާޓް ގެ ނަމުން މަޝްހޫރުވި މީހާއެވެ. އެއީ ކެޕްޓަން މޮރަސްބީ އެވެ. އޭނާއައިކަމަށް ތާރީޚުން އެނގެނީ މީލާދީން 1834 ވަނަ އަހަރު ނުވަތަ ހިޖުރައިން 1250 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ މަސައްކަތް ހިނގިކަމަށް ބެލެވިފައިވަނީ ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަވަހާރަވެ ދިއުމަށްފަހު، އޭގެ ފަހުން ރަސްކަމަށް އިސްވެ ވަޑައިގަތް އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ގެ ރަސްކަމުގެ ދުވަސްވަރު ގައެވެ. 

ކެޕްޓަން މޮރެސްބީ ކުރެއްވި މަސައްކަތަކީ ދިވެހިރާއްޖޭގެ ޗާޓް ކުރެއްސެވުމެވެ. އެއީ އޭރު ބޮމްބޭގައި އޮތް އިގިރޭސި ސަރުކާރުން ފޮނުވީމައެވެ. މިކަން ހިނގީ ކުރިންވެސް ބުނި ހެން މުސްކުޅިބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ކެޕްޓަން މޮރެސްބީ ދިވެހިރާއްޖެގެ ޗާޓް ކުރެހުމަށް ސާރވޭ ކުރެއްވުމުގައި 2 އަހަރު ދުވަސް ހޭދަކުރެއްވި އެވެ. އޭނާގެ މަސައްކަތް ނިންމަވާފައި އެނބުރިވަޑައިގަތީ 1836މ ގައެވެ. 

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި 1 ޞަފަރު 1259ވީ ހުކުރުވިލޭރޭ ދުންތަރިއެއް އެރިކަމަށް ވެއެވެ. އެދުންތަރި އެރުމާއި އޭރު މާލޭގައި އޮތް ކޮލެރާގެ ބޭރަށް ހިންގުމުގެ ރޯގާއާއި ވެސް ގުޅުވާ ކަމަށް ތާޖުއްދީނުގެ ތާރީކްގައި ބަޔާންކޮށްފައި ވެއެވެ. 

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ގެ ރަސްކަމުގައި ހިޖުރައިން 1263 ވަނަ އަހަރު ގިރާވަރު އެދިކަމަށް ވެސް ލިޔެފައި ވެއެވެ. އަދި ހަމަ އެއަހަރު ރަޖަބު މަހުގެ 15ވީ އަންގާރަވިލޭރޭ ރަދުންނާއި އެއްބަނޑު އެއްބަފާ އިބްރާހީމް އޭ ކިޔުނު ބޭފުޅަކު އަވަހާރަވި ކަމަށްވެސް ލިޔެފައި ވެއެވެ. އަދި 1264 ވަނަ އަހަރު ރަދުންގެ ބޮޑުބޭބެ ދޮން އަހުމަދު ދީދީގެ 3 އޮޑިޔާއި އަދިވެސް ބައެއް އެހެން އޮޑިފަހަރު އަދައިގެން ދިޔަކަމަށް ވެސް ލިޔެފައި ވެއެވެ. 
 

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަވަހާރަވީ ހިޖުރައިން 1299 ވަނަ އަހަރުގައެވެ. 




#Article 184: ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) (471 words)


ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަކީ  1798 އިން  1835 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުން 37 އަހަރާއި 1 މަހާއި 4 ދުވަހު ރަސްކަން ކުރެއްވިއެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) ގެ ބައްޕާފުޅު ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަވަހާރަވީ ހިޖުރައިން 1213 ވަނަ އަހަރު ގެ ޛުލްޙައްޖާ މަހުގެ 27 ވީ އާދީއްތަ ވިލޭރޭ ސަޢޫދީ އަރަބިއްޔާ ގެ ޖިއްދާގައެވެ. އެއީ އެފަހަރު ޖިއްދާގައި ހިނގި ކަންތައްގަނޑެއްގެ ތެރޭގައެވެ. 

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ހައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 17 ޝަޢުބާން 1213 ވީ ބުރާސްފަތި ދުވަހުގައެވެ. އެއީ އޭނާގެ ދަރިކަލުން މުޙައްމަދު އާއި ރަސްކަން ހަވާލުކުރައްވާ، ސުލްޠާން މުޙައްމަދު މުޢީނުއްދީނު އިސްކަންދަރު މިނަން ދެއްވާފައެވެ. އަދި އަލްޤާޟީ މޫސާ މުޙްޔިއްދީން އަށް ފަނޑިޔާރުކަން ދެއްވުމަށް އަންގަވާފައެވެ. 

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ)، އަވަހާރަވީ ޚަބަރު އައުމާއެކުގައި، މާލެ ތެރޭގައި ފިތުނަވެރިކަމެއް އުފެދުނެވެ. ނަތީޖާއަކަށްވީ ބޮޑު ބަނޑޭރި ކަމުގައި ހުންނެވި މޫސާ ހަނދޭގިރި މަނިކުފާނު އާއި، އަޙުމަދު ކުޑަ ބަނޑޭރި މަނިކުފާނު އާއި، އަލްވަޒީރު މޫސާ ދޮށިމޭނާ ތަކުރުފާނާއި، ޝާހް ބަންދަރު އަޙުމަދު ވެލާނާ ތަކުރުފާނު އަރުވާލެއްވުމެވެ. ރަދުންގެ މަންމާފުޅާއި އެއްބަނޑު ޙާޖީ މޫސާ ހަކުރާ ތަކުރުފާނު އަށް ބޮޑު ބަނޑޭރިކަން ދެއްވައި، ހަނދޭގިރިކަމުގެ ނަން ދެއްވުމެވެ. ހިޖުރައިން 1221 ވަނަ އަހަރު އިބްރާހީމް ސިރާޖުއްދީން އަށް ފަނޑިޔާރުކަން ދެއްވި އެވެ. އެއީ މޫސާ މުޙްޔިއްދީން އަވަހާރަވުމުގެ ސަބަބުންނެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)،ގެ ރަސްކަމުގައި ހިނގި މަޝްހޫރު އެއްކަމަކީ 27 ރަމަޟާން 1230 ވީ ބުރާސްފަތި ދުވަހު މެންދުރު ވަގުތު، ތިލަދުންމައްޗާއި، މިލަދުން މަޑުލުގެ ބައެއް ރަށްރަށަށް ބިންހެލުން އައުމެވެ. ހަމަ އެދުވަހު އިރުއޮއްސުނުއިރު ވެސް އެހިސާބުގަނޑަށް ކުރިއަށްވުރެ ބޮޑަށް ބިންހެލުން އައެވެ. 

މާލޭ ޢީދު މިސްކިތް ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) މުޅިން އާކުރެއްވި އެވެ. އަދި ބ.އޭދަފުށީގައި ހުކުރު މިސްކިތެއް ބިނާކުރެއްވި އެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ރަސްކަމުގައި 13 ރަބީޢުލް އައްވަލް 1237 ވީ އާދީއްތަ ވިލޭރޭ ތިލަދުން މައްޗަށް ވަރަށް ގަދަ ވިއްސާރައެއް ޖެހުނެވެ. ވައިބާރުވެ، ރާޅުބޮޑުވެ، 30 އަށްވުރެ ގިނަ އޮޑިފަހަރު ހަލާކުވެ، އޭގައި ތިބި މީހުން ގެއްލިގެން ދިޔައެވެ. މިލަދުން މަޑުލުގެ ބައެއް ރަށްރަށަށް ވެސް ވަރަށް ގަދަވެ، ބައެއް ރަށްރަށް ފަޅުވެސް ވިކަމަށް ބުނެވެއެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި ބައެއް ރަށްރަށުގައި މީހުން ކުރާ ވިޔަފާރި މަނާކުރެއްވި އެވެ. އޭގެ ބަދަލުގައި އެކަން ކުރެއްވީ ހަމައެކަނި ސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން އެރަށްރަށުގެ މީހުން ވަރަށް ބަނޑުހައި ހޫނުގައި ޖެހުނެވެ. ވަރަށް ގިނަ މީހުން ހައިހޫނުކަމުގައި މަރުވެ ދިޔައެވެ. ދެން 1241 އަށް ހަމައަށް ދާންދެން މިތަދުމަޑުކަން ފިލާނުދެއެވެ. މިއީ ތާޖުއްދީންގެ ތާރީކްގައި ބަޔާންވެގެންވާ ގޮތެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، މާލޭގެ 4 އަވަށަށް 4 ފަތްނެރުއްވައި، ރަށުގެ އަންހެނުންނަށް 12 ވައްތަރުގެ ފަށުއި ފޭރާންލުން މަނާކުރެއްވި އެވެ. އަދި އުޔާއި ފަށުވިން ހުރި ބައެއް ފޭރާންލުން ވެސް މަނާކުރެއްވި އެވެ. އެއްދަތުން، މަސްދަތުން، ފުއްލާދަޅުން ގަތާފޯލި ހެދުން މަނާކުރެއްވި އެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި 1243 ވަނަ އަހަރު މާލޭގެ ފަޅުކޮންނާން ފެށުނެވެ. އެއީ 10 ރަބީޢުލް އާޚިރު 1243 ވީ ބުރާސްފަތި ދުވަހުގައެވެ. މިމަސައްކަތްކުރީ 782 މީހުންނެވެ. އެއީ ޢަސްކަރުންނާއި، ރާއްޖެތެރޭގެ މީހުން ވެސް ބައިވެރިވެގެންނެވެ. މިބައިމީހުންނަށް ޚަރަދުކުރީ ފަޅުރަށްރަށާއި އަތޮޅު އަތޮޅު ދައުލަތުން ދެއްވާފައިހުރި ފަރާތްތަކުންނެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި ހިޖުރައިން 1250 ވަނަ އަހަރު ގެ ޖުމާދިލް އާޚިރު މަހު ލިޔެފައިވާ ފަތެއް މިރަދުންނަށް ލިބިވަޑައިގަތެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން އެއީ ބުމްބާއީގެ ވެރިމީހާ ފޮނުއްވި ފަތެކެވެ. ދިވެހި ތާރީޚުން އެނގޭގޮތުގައި މިފަތް ހިފައިގެން އައި މީހަކީ ދިވެހިންގެ މެދުގައި ލާޓް ގެ ނަމުން މަޝްހޫރުވި މީހާއެވެ. އެއީ ކެޕްޓަން މޮރަސްބީ އެވެ. އޭނާއައިކަމަށް ތާރީޚުން އެނގެނީ މީލާދީން 1834 ވަނަ އަހަރު ނުވަތަ ހިޖުރައިން 1250 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ މަސައްކަތް ހިނގިކަމަށް ބެލެވިފައިވަނީ ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަވަހާރަވެ ދިއުމަށްފަހު، އޭގެ ފަހުން ރަސްކަމަށް އިސްވެ ވަޑައިގަތް އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ގެ ރަސްކަމުގެ ދުވަސްވަރު ގައެވެ. 

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަވަހާރަވީ 22 ރަމަޟާން 1250 ވީ ބުރާސްފަތި ވިލޭރޭގައެވެ. އުމުރުފުޅަކީ އޭރު 58 އަހަރު އެވެ. ރަސްކަން ކުރެއްވީ 38 އަހަރު ދުވަހު އެވެ. 




#Article 185: ސުލްޠާން ޙަސަން ޢިއްޒުއްދީން (523 words)


ސުލްޠާން ޙަސަން ޢިއްޒުއްދީން އަކީ މީލާދީން 1757 ން 1766 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. ބައެއް ފޮތްތަކުގައި މިރަދުން ރަސްކަންކުރެއްވީ މީލާދީން 1759 ން 1767 އަށް ކަމަށް ވެސް ލިޔެފައި ވެއެވެ. އެއީ ހިޖުރީ ގޮތުން 1173 ން 1180 އަށެވެ. 

ސުލްޠާން ޙަސަން ޢިއްޒުއްދީންގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނު އެވެ. މަންމާ ފުޅަކީ މުލީ އަލްޚަޠީބު މުޙައްމަދުގެ ދި އާމިނާ އެވެ. އަނބިކަބަލުންނަކީ ފެންފުށީ ކަކާ ތަކުރުފާނުގެ އާމިނާ ކަނބާ އެވެ. މިހާރާއި ޖެހެންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރައްވަމުން ވަޑައިގަންނަވާ ޚާންދާނުގެ ފެސޭ އަސްލަކީ ސުލްޠާން ޙަސަން ޢިއްޒުއްދީން އެވެ. އާދެ! ދިވެހި ތާރީޚްގައި މިރަދުން މަޝްހޫރުވެފައިވަނީ ދޮން ބަންޑާރައިން ގެ ނަމުންނެވެ. 

ސުލްޠާން ޙަސަން ޢިއްޒުއްދީން އަކީ ވަރަށް ރީތި، ހައިބަވަންތަ ދޮންބޭފުޅެކެވެ. ހިތްވަރުފުޅު ގަދަ، ވިސްނުންތެރި ފަހުލަވާނެކެވެ. ވަފާތެރި އިޚްލާޞްތެރި އިންސާނެކެވެ. އޭނާގެ ހިތްވަރުފުޅު ގަދަކަމުގެ އިތުރުހެކިތަކެއް ބޭނުންތޯ އެވެ. ބައިވެރިވެ ވަޑައިގެންނެވި ހަނގުރާމަ ތަކުގެ މައްޗަށް ނަޒަރު ހިންގާލާއިރު އޮޅުމެއްނެތި ސާބިތުވަމުންދަނީ ދޮންބަންޑާރައިންގެ ހިތްވަރުފުޅު ގަދަކަމާއި، ހަނގުރާމަ ވެރިކަމެވެ. 

މުކައްރަމް މުޙައްމަދު ޢިމާދުއްދީން ގެ މައްޗަށާއި، އާމިނާ ރަނިކިލެގެ ފާނުގެ މައްޗަށާއި، އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު މަނިކުފާނުންގެ މައްޗަށް އޭނާ ބެހެއްޓި ވަފާތެރިކަމާއި، އޯގާތެރިކަން، އޮޅުމެއްނެތް ގޮތުގައި ސާބިތުކުރަނީ އޭނާގެ ދީލަތިކަމާއި، ވަފާތެރި ކަމެވެ. ތެދުވެރިކަމާއި، އިންސާނިއްޔަތު ކަމެވެ. 

ދޮންބަންޑާރައިން ރަސްކަން ކުރައްވާތާ ދުވަސްކޮޅެއްވީތަނާ، އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު މަނިކުފާނުން، ހޮޅީންގެ އަތުން ސަލާމަތްވެ ވަޑައިގެން މާލެ ވަޑައިގެންފި އެވެ. މިދެންނެވުނު މުޙައްމަދު މަނިކުފާނުންނާއި މެދުވެސް، ދޮންބަންޑާރައިން ކަންތައް ގެންދެވީ ވަރަށް މާތްކޮށެވެ. ގެންގުޅުއްވީ ފުރިހަމަ ޢިއްޒަތާއި މަތިވެރި ދަރަޖައިގައެވެ. އެމަނިކުފާނު ވަޑައިގަތުމަށްފަހު، ޢިއްޒަތް ދޭ ތަންތަނަށްވެސް ނެރުއްވަނީ އެމަނިކުފާނު އެވެ. 

ސުލްޠާން ޙަސަން ޢިއްޒުއްދީން އަކީ ޢަދުލުވެރި އިންޞާފަށް ލޯބިކުރެއްވި ޢިއްޒަތްތެރި ރަސްކަލެކެވެ. ރައްޔިތުންނަށް އޯގާތެރި، ދައުލަތުގެ ކަންތައްތައް ހެޔޮގޮތުގެ މަތީން، ހިންގި ވެރިއެކެވެ. އެމަނިކުފާނުންގެ ނަންފުޅު ދިވެހި ތާރީޚްގައި ލިޔެވިގެންވަނީ ފަނޑުވުމެއް ނެތް ހިތް ފަސޭހަ ފެހިކުލައިންނެވެ.

ހޮޅިން ރާއްޖޭގެ ވެރިކަން ކުރާތާ 4 މަސް ދުވަސް ވީފަހުން، ދިވެހިރާއްޖެ ހޮޅިންގެ އަތްދަށުން ސަލާމަތްކުރެއްވީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނުންގެ މާތްދަރިކަލުން ޙަސަން މަނިކުފާނު އެވެ. ދިވެހިރާއްޖޭގެ ތާރީޚްގައި ފަޚްރުވެރިކަމާއި މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ނެވެ. މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުން ދޮންބަންޑާރައިން ދިވެހިރާއްޖެ ސަލާމަތްކުރީ 3 ޖުމާދިލް އާޚިރާ 1166 ވަނައަށްވި އާދީއްތަ ވިލޭރޭ ގައެވެ. ދިވެހިރާއްޖޭގައި ހުރަވީ ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ސަލާމަތްކުރެއްވުމަށް ނިސްބަތްކޮށް އެދުވަސް ފާހަގަކޮށް ހަދާން އާކުރުމުގެ ގޮތުންނެވެ.

ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމާއި ގުޅިގެން ދިވެހި ރަސްކަމުގެ ތަޚްތަށް އިސްވެ ދެއްވުމަށް މާލޭގައި އެވަގުތު ތިބި ބޮޑުން އެދި ވަޑައިގަތެވެ. ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް ނުވާތީ އެކަން ގަބޫލު ފުޅު ނުކުރައްވައެވެ. ނަމަވެސް އެބޭފުޅުން ތަކުރާރުކޮށް ދަންނަވަމުން ގެންދަވާތީ ވާނޭ އުޒުރެއް ނެތިގެން ދޮންބަންޑާރައިން ދިވެހި ރަސްކަމުގެ ތަޚްތަށް އިސްވެ ވަޑައިގަތީ 15 ރަބީޢުލް އާޚިރު 1173 ވީ ބުރާސްފަތި ދުވަހުއެވެ. 13 އަހަރާއި 3 މަސް ދުވަހު ވެރިކަން ހިންގެވިއިރު ރަސްކަން ކުރެއްވީ 7 އަހަރާއި ދުވަހު އެވެ.

ދޮންބަންޑާރައިންގެ ސިޔާސީ ހިންގުންތެރިކަމަށް ބަލާއިރު، އެމަނިކުފާނުގެ ސިޔާސީ ހިންގުންތެރިކަމުގެ އެންމެ އުޖާލާ ދަލީލެއް ކަމުގައި އަޅުގަނޑު ދެކެނީ ފަރަންސޭސިންނާއި، އެމަނިކުފާނާއި ދެމެދު ކުރެވުނު ހަރުދަނާ މުޢާހަދާ އެވެ.

މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުން ދޮންބަންޑާރައިން ދިވެހިރާއްޖެ ސަލާމަތްކުރީ 3 ޖުމާދިލް އާޚިރާ 1166 ވަނައަށްވި އާދީއްތަ ވިލޭރޭ ގައެވެ. ދިވެހިރާއްޖޭގައި ހުރަވީ ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ސަލާމަތްކުރެއްވުމަށް ނިސްބަތްކޮށް އެދުވަސް ފާހަގަކޮށް ހަދާން އާކުރުމުގެ ގޮތުންނެވެ.

މާލޭގެ ހުޅަގުކޮޅުގައި އުތުރުން ދެކުނަށް އޮންނަ ޢިއްޒުއްދީން ހިނގުން ނިސްބަތްކުރެވެނީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން އަށެވެ. ހަމަ މިހެން އެމަގުގައި ހުންނަ ޢިއްޒުއްދީން މިސްކިތް ވެސް ނިސްބަތްކުރެވެނީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން އަށެވެ.

ސުލްޠާން ޙަސަން ޢިއްޒުއްދީން ނުހަނު ޢަދުލުވެރިކަމާއެކު 7 އަހަރު ވަންދެން ރަސްކަން ކުރެއްވުމަށްފަހު އަވަހާރަވީ 2 ރަމަޟާން 1180ހ ވީ ހޯމަ ދުވަހުގައެވެ.ދޮންބަންޑާރައިން އުފަންވެ ވަޑައިގަތީ ހިޖްރައިން 1132 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 6 ވީ އާދީއްތަ ދުވަހުއެވެ. 
ބައެއް ލިޔުންތަކުގައި ހުރީ ދޮންބަންޑާރައިން އަވަހާރަވީ 3 ރަމަޟާން ގައި ކަމަށެވެ. ދޮންބަންޑާރައިން އަވަހާރަވީ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނު (ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު) އާއި ރަސްކަން ޙަވާލު ކުރައްވާފައެވެ. އޭނާގެ އެންމެ ފަހު ބަސްފުޅަކީ .......... މަނިކުފާނާއި ދިވެހި ރަސްކަމާއި ޙަވާލެވެ. އަޅުގަނޑުގެ ކުދިންނާއި، މާތް ރަސްކަލާންގެއާއި، ވަކީލެވެ. މިއެވެ. އަލްޣާޒީ ޙަސަން ޢިއްޒުއްދީން ފަސްދާނު ލެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ރަސްގެފާނުގެ ގުއްބުގެ ތެރޭގައި ، ހުކުރު މިސްކިތުގައެވެ. 

މާތް ރަސްކަލާންގެ ދޮންބަންޑާރައިންނަށް ރަހުމަތުން ރަހުމަތް ލައްވައި، އެރަދުންގެ ބަރަކާތުން އެންމެހައި ދިވެހިންގެ ހިތްތަކުގައި ޙުއްބުލް ވަޠަންގެ އަގު މާތް ރޫޙު އުފައްދަވާށި އެވެ.




#Article 186: ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު (507 words)


ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަކީ މީލާދީން 1766 ން 1773 އަށް ދިވެހިރާއްޖެގައި ރަސްކަން ކުރެއްވި ރަދުންނެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިރީ ކުލަ ރަންމަނި، ކީރިތި މަހާރަދުންނަކީ އިބްރާހީމް ރަސްގެފާނު ގެ ދަރިކަލުން މުޙައްމަދު މަނިކުފާނު އެވެ. ފުރިހަމަ ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުންނަށް ޝަހީދުކުޅަ ބަންޑާރައިން، އަދި ޙާޖީ ބަންޑާރައިން މިދެނަމުންވެސް މުޚާޠަބުކުރެވެއެވެ. 

ޣިޔާޘުއްދީން ސުކޫލް ގެ ނަން ނިސްބަތްކުރެވެނީ ދިޔަމިގިލީ ދަރިކޮޅުން ރާއްޖޭގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުނުވަތަ ހާޖީ ބަންޑާރައިން ނުވަތަ ޝަހީދު ކުޅަ ބަންޑާރައިންނަށެވެ. މިރަދުން ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1766 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބަހުން ތައްޔާރު ކުރެވުނު ފުރަތަމަ ދިވެހި ރަދީފް ތައްޔާރު ކުރެއްވި އެވެ. ގާތްގަނޑަކަށް 8 އަހަރުގެ ރަސްކަމަށްފަހު މިރަދުން ރަސްކަމުން ފައިބާވަޑައިގަތީ މީލާދީން 1773 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބޭސްވެރިކަމާ ބެހޭ ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. ބުނެވޭގޮތުގައި ބަނބުކެޔޮ ދިވެހި ގައުމަށް ތަޢާރަފްކޮށްދެއްވީ ވެސް ޣިޔާޘުއްދީން ރަދުންނެވެ.

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1180 ވަނަ އަހަރު އެވެ. މިރަދުންގެ މަޝްހޫރު ނަންފުޅަކީ ޝަހީދުކުޅަ ބަންޑާރައިން އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި ފިތުނަވެރިކަމުގެ ވާހަކަތަކެއް މާލޭގައި ދެކެވެން ފަށައިފި އެވެ. ވާހަކައިގެ ޚުލާޞާ އަކީ ރަދުން ގަތުލުކޮށްފައި، ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން)ގެ މުޙައްމަދު ފާށަނާކިލެގެފާނު (ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) ނަމަކަށްކިޔާ ދޮށީ ދަރިކަލުން ރަސްކަމަށް ބަޔަކު އިސްކުރާން އުޅޭވާހަކައެވެ. 

މަތީގައި ދެންނެވުނު ވާހަކައިގެ ނަތީޖާއަކަށްވީ ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން) އާއި ގާތްތިމާގެ ބޭފުޅުން ކުރެ، ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނު އާއި، އަލްވަޒީރު އިބްރާހީމް ފާމުލަދޭރި ތަކުރުފާނު އާއި، މުޙައްމަދު މުރީދު ތަކުރުފާނު އާއި، ޙުސައިން ކަކާ ތަކުރުފާނު އާއި، ޢަލީ ހަކުރާ ތަކުރުފާނު އާއި، ޢުމަރު ހަނދޭގިރި ތަކުރުފާނު އެކިއެކި ރަށްރަށަށް އަރުވާލެއްވުމެވެ. އަދި މީގެ އިތުރުންވެސް ވަރަށްގިނަ ބޭފުޅުންނަށް މިކަމުގެ އަދަބު ދެއްވި ކަމަށް ވެއެވެ. 

ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން)ގެ 3 ދަރިކަލުންނާއި، އެބޭފުޅުންގެ މަންމާފުޅު، ފެންފުށީ ކަކާ ތަކުރުފާނުގެ އާމިނާ ކަނބާ އާއި، 4 މައިކަނބަލުން ވެސް ފެންފުއްޓަށް ފޮނުވާލެއްވި އެވެ. 

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ގެ ރަސްކަމުގެ 5 ވަނަ އަހަރު އަނެއްކާވެސް މާލޭގައި ފިތުނަވެރި ގަޑުބަޑެއް އުފެދުނެވެ. މިގަޑުބަޑުގެ ތެރޭގައި ޣާޒީ ބަންޑާރައިން އަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު މަނިކުފާނު އާއި އަދިވެސް ބައެއް މީހުން އަރުވާލެއްވިއެވެ. 

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ރަސްކަމުގެ 7 ވަނަ އަހަރު ޙައްޖަށް ވަޑައިގަތުމަށްޓަކައި މާލެއިން ފުރާ ވަޑައިގަތެވެ. އެއީ 3 ޝައްވާލު 1178ހ ގައެވެ. ވަޑައިގަތީ އަނބިކަބަލުންނާއި، ބޭފުޅުންވެސް ގޮވައިގެންނެވެ. ރަސްކަން ބެލެހެއްޓުން ޙަވާލުކުރެއްވީ އޭނާގެ ޅިޔަނެއް ކަމުގައިވާ ޢަލީ ޝާހް ބަންދަރު އާއެވެ. 

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ރަދުން މާލެއިން ޙައްޖަށް ފުރާވަޑައިގަތްތާ ފަސްދުވަހުގެ ތެރޭގައި މާލޭގައި ވަރަށް ބޮޑު ގަޑުބަޑެއް ވެއްޖެއެވެ. މިގަޑުބަޑުގެ ސަބަބެއް ކަމުގައިވީ ޢަލީ ޝާހް ބަންދަރު ރަސްކަމަށް އިސްވެ ވަޑައިގަންނަވާން އުޅުއްވާކަމަށް ދެކެވުނު ވާހަކައެވެ. މިގަޑުބަޑުގެ ތެރޭގައި ޢަލީ ޝާހް ބަންދަރު އާއި އޭނާގެ އަނބިކަބަލުން ދިޔަމިގިއްޔަށް އަރުވާލެވުނެވެ. މިގަޑުބަޑު ހިންގައި އެފަދަ ދަނޑިވަޅަކަށް ބަލަބަލައި ތިބި ހުރާގޭ ދަރިކޮޅުގެ ބޭފުޅުން ބަޣާވާތްކޮށް ރަސްކަން ފޭރިގެންފި އެވެ.  ގަޑުބަޑުގެ ނަތީޖާއަކަށްވީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ ދޮންބަންޑާރައިން ގެ އަޚް ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު މަނިކުފާނު(ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)) ރަސްކަމަށް އިސްކުޅައުމެވެ. ފަހުން ރަސްކަން ޙަވާލުކުރެވުނީ ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު މުޢިއްޒުއްދީން(ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) އާއެވެ. 

ރަސްކަމުގެ 2 ވަނަ އަހަރު ކަންނަންނޫރު ޢަލީ ރާޖާގެ ލަޝްކަރެއް 6 ނަވާއި، 9 އޮޑީގައި މާލެއަށް ޙަމަލާދީ މާލެއަށް އަރައިގަތެވެ. އެހެން ނަމަވެސް އެމީހުން ބަލިކުރައްވައި ގައުމު ދިފާޢުކުރެއްވި އެވެ. މިއީ އެދުވަސްވަރު ރާއްޖެ ދުށް ވަރަށް ވަރުގަދަ ހަނގުރާމަ އެކެވެ. 

ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތްތަނާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު މައްކާއިން އެބުރި ރާއްޖެ ވަޑައިގަތެވެ. މާލެ އަތޮޅު ގުރައިދޫ ބޭރުގައި އޮންނަވާފައި،ކަންތައްވެފައި އޮތްގޮތް އެނގިވަޑައިގަތުމުން  ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު އަށް ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިޓީފުޅެއް ފޮނުއްވެވިއެވެ. އެސިޓީފުޅުގައި އަންގަވާފައިވަނީ މާތް ރަސްކަލާންގެ މިންވަރު ފުޅު ކުރެއްވި ގޮތަށް އޭނާ ރުހިވަޑައިގެން، ހުންނެވި ކަމަށެވެ. އަދި އެބޭފުޅުންގެ ކިބައިން އަމާންކަމަށް އެދިވަޑައިގަންނަވާކަމަށެވެ.  ނަމަވެސް ބުނެވެނީ މާލެއިން އޮޑިއެއް ފޮނުއްވަވައި ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަތުލައި ގެންނެވީ ކަމަށެވެ. ރަސްކަމުގެ މައްޗަށް ގަދަވެގެން ތިއްބެވި ދެބޭފުޅުންގެ ޢަމަލުފުޅެއްކަމުގައި ހެއްދެވީ ޣިޔާޘުއްދީން ރަދުންގެ އަތްފައިންޕުޅު ބަނދެ ކަނޑުފެއްތުމެވެ. އެއީ 1 ޝަޢުބާން 1188 ގައެވެ. މުޙައްމަދު ޣިޔާޘުއްދީން ރަސްކަމަށް އިސްކުރެވުނީ 2 ރަމަޟާން 1180 ވަނަ އަހަރު އެވެ.

މާލޭގައި ސަރުކާރުން ހައްދަވާފައިވާ ޕްރައިމަރީ ސުކޫލް ތަކުގެ ތެރެއިން ޣިޔާޘުއްދީން ސުކޫލް ނިސްބަތްވަނީ ވެސް އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އަށެވެ.




#Article 187: ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) (144 words)


ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) އަކީ މީލާދީން 1773 ން 1774 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. އެއީ ހިޖުރީގޮތުން ބަލާއިރު 1178 ވަނަ އަހަރު އެވެ. ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) އަކީ ޙުސައިން ބޮޑުދޮށިމޭނާ ކިލެގެފާނުންގެ ބޭފުޅެކެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1178 ވަނަ އަހަރު އެވެ. 

ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު އެންމެ އިސް އަމަލުފުޅެއް ކަމަށްވީ ދެބެއިންގެ ދެދަރި، ކޮއްކޯފުޅުން ކަމުގައިވާ 3 ބޭފުޅުން ( އާދެ! ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން)ގެ 3 ދަރިކަލުން ) ނާއި، އެބޭފުޅުންގެ ބޮޑުބޭބެ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު މާލެ ގެންނެވުމެވެ. އެބޭފުޅުން މާލެ ވަޑައިގަތުމާއެކު 3 ބޭފުޅުން ކުރެ ދޮށްޓަށް ހުންނެވި، މުޙައްމަދު ނަމަކަށްކިޔާ މަނިކުފާނު ރަސްކަމަށް އިސްކުރެއްވި އެވެ. އެއީ ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު އެވެ. ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) އަމިއްލަ ފުޅަށް އޭނާގެ ނަންފުޅެއް ކަމުގައި ހެއްދެވީ މުޙައްމަދު ފާށަނާ ކިލެގެފާނު އެވެ. ކަޅުވަކަރު މިސްކިތް ޢިމާރާތް ކުރައްވަން ފެއްޓެވީ މިރަދުންނެވެ. 

މުޙައްމަދު ފާށަނާ ކިލެގެފާނު (ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)) އަވަހާރަވީ ހިޖުރައިން 1193 ވަނައަހަރުގެ ރަބީޢުލް އައްވަލް މަހު 12 ވަނަ ދުވަހު އެވެ. މުޢިއްޒުއްދީން ރަދުން (ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) އަވާހަރަވީ ހިޖުރައިން 1193 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހު އެވެ.




#Article 188: ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު (127 words)


ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު އިސްކަންދަރު އަކީ ދޮންބަންޑާރައިން(ސުލްޠާން ޙަސަން ޢިއްޒުއްދީން)ގެ ދޮށީ ދަރިކަލުންނެވެ. މިރަދުންނަކީ މީލާދީން 1774 އިން 1779 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1178 ވަނަ އަހަރު އެވެ. 

ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތްތަނާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު މައްކާއިން އެބުރި ރާއްޖެ ވަޑައިގަތެވެ. މާލެ އަތޮޅު ގުރައިދޫ ބޭރުގައި އޮންނަވާފައި، މުޙައްމަދު ފާށަނާ ކިލެގެފާނު(ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ))،އަދި މުޢިއްޒުއްދީން ރަދުން (ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) އަށް ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިޓީފުޅެއް ފޮނުއްވެވިއެވެ. އެސިޓީފުޅުގައި އަންގަވާފައިވަނީ މާތް ރަސްކަލާންގެ މިންވަރު ފުޅު ކުރެއްވި ގޮތަށް އޭނާ ރުހިވަޑައިގެން، ހުންނެވި ކަމަށެވެ. ނަމަވެސް ބުނެވެނީ މާލެއިން އޮޑިއެއް ފޮނުއްވަވައި ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަތުލައި ގެންނެވީ ކަމަށެވެ. ސިއްރު ގޮތެއްގައި އެރަދުން ކަނޑުފެއްތީ ކަމުގައި ވެސް ބުނެވެއެވެ. 

މުޙައްމަދު ފާށަނާ ކިލެގެފާނު (ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)) އަވަހާރަވީ ހިޖުރައިން 1193 ވަނައަހަރުގެ ރަބީޢުލް އައްވަލް މަހު 12 ވަނަ ދުވަހު އެވެ. މުޢިއްޒުއްދީން ރަދުން (ސުލްޠާން މުޙައްމަދު މުޢިއްޒުއްދީނު) އަވާހަރަވީ ހިޖުރައިން 1193 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހު އެވެ.




#Article 189: ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) (246 words)


ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަކީ  1779 އިން  1799 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1193ން 1213 ވަނަ އަހަރަށެވެ. މިރަދުން 19 އަހަރާއި 11 މަހާއި 15 ދުވަހު ރަސްކަން ކުރެއްވިއެވެ. ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންގެ ބޭފުޅެކެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1193 ވަނަ އަހަރު އެވެ. 

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ ހައެއްކަ އަހަރުވީތަނާ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ނިޔާވެއްޖެއެވެ. މިކަލޭގެފާނު ނިޔާވީ 4 ޝައްވާލް 1199ހ ގައެވެ. މިކަލޭގެ ފާނު އަކީ ޙަސަން ތާޖުއްދީން ލިޔުއްވަވަން ފެއްޓެވި ދިވެހި ތާރީޚްގެ ފަހުބައި ލިޔުއްވެވި ކަލޭގެފާނުއެވެ. 

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ދެފަހަރަށް ޙައްޖަށް ވަޑައިގަތެވެ. ފުރަތަމަ ފަހަރު ވަޑައިގަތީ ހިޖުރައިން 1203 ވަނަ އަހަރު އެވެ. އަރިހުގައި ގެންދެވި ބޭފުޅުންގެ ތެރޭގައި އަލްއަމީރު އަލްޙާއްޖު އަލްމަރުޙޫމް އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ މުނިކާފަ އަލްއަމީރު ޙުސައިން ދޮށިމޭނާ ކިލެގެފާނު ހިމެނިގެން ވެއެވެ. 

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ދެވަނަ ފަހަރު ޙައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 17 ޝަޢުބާން 1213ހ ގައެވެ. ވަޑައިގަތީ މާލޭގައި ބެންނެވި ވަރަށްބޮޑު ނައުކޮޅެއްގައެވެ. ރަދުންގެ ނައު ކޮޅާއެކު އެހެން ނަވެއް ވެސް ދިޔައެވެ. ރަދުން ވަޑައިގެންނެވި އިރު ވަޑައިގަތީ އެދުވަސްވަރު ހުވަދުއަށް އުރުނު، ނަވަކުން ލިބިވަޑައިގަތް، ފައުނު ތަކަކާއި، ފައްޓަރުތަކަކުން ބައެއްވެސް ހިއްޕަވައިގެންނެވެ. ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ދަތުރުކުރެއްވި ނައުކޮޅު ޖިއްދާއަށް ދިއުމަށްފަހު ރަދުން މައްކާ އަށް ވަޑައިގަތީ ހައްޖު މަހުގެ 5 ވަނަ ދުވަހު އެވެ. 

އޭގެ ފަހުން ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އާއި މައްކާގެ ދަހިވެތި ޝަރީފް އާއި ދެމެދު ވަރުގަދަ ދެބަސްވުމެއް މެދުވެރިވިއެވެ. އެންމެ ފަހުން ނާކޮޅުގައި ހުރި ޚަޒާނާތަކާއި ބަޑިތައް ޝަރީފް ފޭރިގެންފިއެވެ. އެތައް އުދަގޫތަކެއް އުފުއްލެވުމަށްފަހު ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަށް އެބުރި ޖިއްދާއަށް ވަޑައިގެންނެވުނެވެ. 

ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އެބުރި ޖިއްދާއަށް ވަޑައިގަތްތަނާ ކަށިވިދުރީގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެއާލާސްކަންފުޅުގައި ސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) އަވަހާރަވީ ޖިއްދާގައި 27 ޛުލްޙިއްޖާ 1213ހ ގައެވެ. އެދަތުރުފުޅުގައި ރަދުންގެ އަރިހުގައި ދިޔަ މީހުންގެ ތެރެއިން 230 މީހުން މަރުވި ކަމުގައި ބުނެވެއެވެ. އެމީހުންގެ ތެރޭގައި ރަދުންގެ ދަރިކަލަކާއި ދަރިކަނބަލެއް ވެސް ހިމެނެއެވެ.




#Article 190: ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) (196 words)


ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އަކީ މީލާދީން 1750 ން 1757 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުން މަޝްހޫރުވެފައިވަނީ ކޮރު ބަންޑާރައިން ގެ ނަމުންނެވެ. 

ކޮރު ބަންޑާރައިންގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުންނެވެ. ބައްޕާފުޅަކީ އައްސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީން އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރީ ގޮތުން 1163 ވަނަ އަހަރު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމުގެކުރިން ނަންފުޅަކީ ޢަލީ ފާށަނާ ކިލެގެފާނު އެވެ. މިރަދުންނަކީ  ގެ ކޮއްކޯފުޅެވެ. ރާއްޖޭގެ ތާރީޚްގައި މިރަދުންގެ މަޝްހޫރު ނަންފުޅަކީ ކޮރު ބަންޑާރައިންނެވެ. 

ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) ޞުލްޙަވެރިކަމާއެކު ރަސްކަން ކުރައްވާތާ 3 އަހަރުވީތަނާ ކަންނަންނޫރު ޢަލީ ރާޖާ ފޮނުވި މަލާބާރީންގެ ބަޔަކު އައިސް މާލެ ހިފައި ގަނޑުވަރު އަންދާލި އެވެ. މިކަން ހިނގީ ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގައެވެ. ހޮޅިންގެ މީހުން އެބުރި ރަށަށްދިޔައީ  ރަދުންނާއި، އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދާއި، އަދިވެސް ދިވެހިންގެ އެތައް މާތްބައެއް ގޮވައިގެންނެވެ. އެއަށްފަހު ގާތްގަނޑަކަށް 4 މަސްވަންދެން ރާއްޖޭގައި ހިގީ ހޮޅިންގެ ވެރިކަމެވެ. 

މިދެންނެވި ފަހަރު މާލެ ހިފުމަށްޓަކައި ހޮޅިން އައި ސަބަބު ކަމުގައި ހިމެނުނީ ދިވެހިންގެ ޚިޔާނާތްތެރި ބައެކެވެ. މިމީހުންގެ ވެރީން ކަމުގައި ތިއްބެވީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ އަލްޤާޟީ މުޙައްމަދު ޝަމުސުއްދީން އަދި އަލްޚަޠީބު އަޙުމަދު މުޙްޔިއްދީން އާއި ދެބެންނެވެ. އާޚިރުގައި އެދެބެންވަނީ މަލާބާރީންގެ އަތުން ކަނޑުފައްތައިފައެވެ. 

ހޮޅިން ރާއްޖޭގެ ވެރިކަން ކުރާތާ 4 މަސް ދުވަސް ވީފަހުން، ދިވެހިރާއްޖެ ހޮޅިންގެ އަތްދަށުން ސަލާމަތްކުރެއްވީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނުންގެ މާތްދަރިކަލުން ޙަސަން މަނިކުފާނު އެވެ. ދިވެހިރާއްޖޭގެ ތާރީޚްގައި ފަޚްރުވެރިކަމާއި މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ނެވެ. 

ކޮރު ބަންޑާރައިން އަވަހާރަވީ 7 ޝައްވާލް 1170 ގައި މަލިކު ގައެވެ. 




#Article 191: ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) (392 words)


ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އަކީ މީލާދީން 1720 ން 1750 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުން މަޝްހޫރު ވެފައިވަނީ އިބްރާހީމް ރަސްގެފާނު ގެ ނަންފުޅުންނެވެ.

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ގެ ބައްޕާފުޅަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) އެވެ. ބައެއް ލިޔުންތަކުގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލެއް ކަމަށް ލިޔެފައި ވެއެވެ. މިގޮތަށް ލިޔެފައިވަނީ މުޙައްމަދު އަމީން ލިޔުއްވި ތަންގީހު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު މިފޮތުގައެވެ. ކޮއްކޯފުޅަކީ ޢަލީ ފާށަނާ ކިލެގެ ފާނު އެވެ. މިއަލީ ފާށަނާ ކިލެގެފާނަކީ އިބްރާހީމް އިސްކަންދަރު (ދެވަނަ) އަވަހާރަވުމުން ދިވެހިރާއްޖޭގެ ތަޚްތަށް އިސްވެ ވަޑައިގެންނެވި ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) ނުވަތަ ކޮރު ބަންޑާރައިންނެވެ. އަންހެން ކޮއްކޯފުޅަކީ ކަނބާ ޢާއިޝާ އެވެ. އިބްރާހީމް އިސްކަންދަރު، ކޮރު ބަންޑާރައިން، އަދި ކަނބާ ޢާއިޝާ މި 3 ބޭފުޅުންގެ މަންމާފުޅަކީ ގޮއިދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުގެ އައިމިނާ ކަނބައިދި ކިލެގެފާނު އެވެ. 

މިރަދުންނަކީ ބުއްދިވެރިކަން ލިބިވަޑައިގެންވާ، ދީލަތި އޯގާވެރިކަން ބޮޑު، ޢިލްމުވެރިންގެ ބަސްގަބޫލު ކުރެއްވި، ދީނުގެ ކަންތައްތަކަށް ލޯބިވެތިކަން ބެހެއްޓެވި، އެކަންކަން ކުރިއެރުއްވުމަށް ގަދައެޅުއްވި، ޝަރީޢަތުގެ ކަންތައްތައް ރައްކާތެރިކަމާއެކު ހިންގެވުމަށް ބާރުއެޅުއްވި ރަސްކަލެކެވެ. 

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން ރަސްކަމަށް އިސްކުރެވުނީ 1 މުޙައްރަމް 1134 ގައެވެ. ބައެއް ލިޔުންތަކުގައި ހިޖުރައިން 1133 ވަނަ އަހަރު ކަމަށް ލިޔުއްވާފައި ވެއެވެ. ރަސްކަމަށް އިސްކުރެވުނު އިރު ޢުމުރުފުޅަކީ 13 އަހަރާއި 6 މަސް ދުވަހެވެ. 

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)  ރަސްކަންކުރެއްވީ 29 އަހަރާއި، 2 މަހާއި 18 ދުވަހު އެވެ. ހިޖުރައިން 1141 ވަނަ އަހަރު ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ރާއްޖޭގެ އުތުރަށާއި ދެކުނަށް ވަރަށް ތަނަވަސް ދަތުރުފުޅެއް ކުރައްވައި، ރައްޔިތުންގެ ޙާލު އަޙުވާލު ބައްލަވައި އާދަތައް އުފައްދަވައި ދެމެހެއްޓެވި އެވެ. 

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ގެ ރަސްކަމުގައި ހިޖުރައިން 1141 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 27 ވިލޭރޭ މާލޭގެ ހެންވޭރު އަވަށުގައި ހުޅުރޯވުމުގެ ސަބަބުން ބޮޑުބައެއް އަދާ އަޅިޔަށްވިއެވެ.  ދިވެހިރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ހިޖުރައިން 1141 ވަނަ އަހަރު ވަރަށް މަތިވެރި ދަރަޖައަކަށް ބިންހެލުން އައިކަން ވެސް ފާހަގަކުރެވެއެވެ. 

ރަސްކަންކުރެއްވި 29 އަހަރުގެ ތެރޭގައި ފާހަގަކުރެވިފައިވާ 2 ދުންތަރި އެރިއެވެ. ވަރަށް ބޮޑު ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހުނެވެ. ތަކެތީގެ އަގުބޮޑުވެ ލާރިއަކަށް 12 ގަނޑުމަސް ބޮލިކޮއްޓޭއަކަށް 12 ނާޅި ހަނޑޫ، ލާރިއަކަށް 4 ކާށި، ބޮލިކޮއްޓޭއަކަށް 10 އަޑުބާ ހަކުރު، މިގޮތަށް ވިއްކައި ހެދިއެވެ.  

އެންމެ ފުރަތަމަ ބޮޑު ލާރި ޖެއްސެވީ ވެސް އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2 ވަނަ ގެ ރަސްކަމުގައެވެ. އެލާރި 4 ލާރީގެ ބަރުދަނަށް ވުރެވެސް ބަރުކަމުގައިވާތީ 4 ލާރީގެ އަގުގައި ވިއްކުމަށް އަމުރު ކުރެއްވި އެވެ. 

މިރަދުންގެ ރަސްކަމުގައި ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރިން ނިޔާވި އެވެ. އެގޮތުން ހިޖުރައިން 1139 ވަނަ އަހަރު ރާއްޖޭގެ ވަރަށް މަޝްހޫރު 3 ބޭކަލެއް ނިޔާވިއެވެ. އެއީ މޫސާ ނާޞިރުއްދީން، މުޙައްމަދު ޚަޠީބު ތަކުރުފާނުގެ ނާއިބު ޙަސަން އާއި، އައްޝައިޚް އަލްޙާއްޖު ޙަސަން ތާޖުއްދީން އެވެ. 

ޙަސަން ތާޖުއްދީން ނިޔާވީ ގާތްގަނޑަކަށް 32 އަހަރު ވަރުވަންދެން ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހުގައެވެ. ގަލަމަކުން ޝުކުރުގެ ޖިޒީއެއް އަދާނުކުރެވޭފަދަ މަތިވެރި ދަރަޖައަކަށް ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ. ދިވެހި ތާރީޚްގެ އަހުލުވެރިން ޙަސަން ތާޖުއްދީން އަށް ދަރާފައިވާ ދަރަނި ބޮޑެވެ. ދިވެހިރާއްޖޭގެ ތާރީޚުން އަޅުގަނޑުމެންނަށް އެނގިފައިވާ މިންވަރެއް އެނގުމުގެ އެންމެ ބޮޑު ސަބަބަކީ އެކަލޭގެ ފާނުއެވެ. އެހެންކަމުން ޙަސަން ތާޖުއްދީންގެ ނަން ދިވެހި ތާރީޚްގައި ލިޔެވުން ޙައްޤުވެގެންވަނީ ފަނޑުވުމެއްނުވާ ފެހިކުލައިންނެވެ.

ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އަވަހާރަވީ 18 ރަބީޢުލް އައްވަލު 1163 ގައެވެ. އޭރު އެރަދުންގެ އުމުރުފުޅަކީ 43 އަހަރު އެވެ. ރަސްކަންކުރެއްވީ 29 އަހަރާއި 2 މަހާއި ފޮއިދުވަހު އެވެ. 




#Article 192: ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) (453 words)


ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) އަކީ މީލާދީން 1704 ން 1721 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުންނަކީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު އެވެ. 

ފުރިހަމަ ނަންފުޅަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) އަށް 3 ބޭފުޅުން ލިބި ވަޑައިގެންނެވި އެވެ. އެއީ ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އާއި، ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އަދި ކަނބާ ޢާއިޝާ އެވެ. އިބްރާހީމް އިސްކަންދަރު، ކޮރު ބަންޑާރައިން، އަދި ކަނބާ ޢާއިޝާ މި 3 ބޭފުޅުންގެ މަންމާފުޅަކީ ގޮއިދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުގެ އައިމިނާ ކަނބައިދި ކިލެގެފާނު އެވެ.ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަދުންނަކީ ދިޔަމިގިލީ އަލްވަޒީރުލް އަޢުޡަމް އިބްރާހީމް ގެ ދަރިކަލެކެވެ. 

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) މިނަންފުޅަކީ ރަސްކަމަށް އަރާވަޑައިގަތް ފަހުން ޚިޔާރު ކުރެއްވި ނަންފުޅެކެވެ. އޭގެ ކުރިން ކިޔައި އުޅުއްވި ނަމަކީ މުޙައްމަދު ދޮށިމޭނާ ތަކުރުފާނު އެވެ. 

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1116 ވަނަ އަހަރު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު އަރިއަތޮޅު ފެންފުށީ ޙާޖީ އިސްމާޢީލް ތަކުރުފާނު އަށް ދޮށިމޭނާ ކަމަށް ކޮލިލެއްވި އެވެ. ބޮޑު ބަނޑޭރި ކަމުގައި ބެހެއްޓެވީ އެންމެ ފަހުން ވެސް އެކަމުގައި ހުންނެވި މުރައިދޫ ޙަސަން ތަކުރުފާނު އެވެ. ފަނޑިޔާރުކަމަށް އިސްކުރެއްވީ މޫސާ ބިން ޢީސާ ނާޞިރުއްދީން އެވެ. ނަމަވެސް ވަރަށް އަވަހަށް އެކަލޭގެފާނު ފަނޑިޔާރުކަމުން ދުރުކުރައްވައި، އެމަގާމަށް ޙަސަން ތާޖުއްދީން އިސްކުރެއްވި އެވެ. 

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި ، އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ތިއްބެވި، އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި، އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އާއި، ދެބޭފުޅުން ސޫރަތުން ނަވެއްގައި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އަށް ވަޑައިގެންފި އެވެ. އެތަނުން އެބޭފުޅުން އޮޑިއެއްގައި ދަތުރުކުރައްވަން ފެއްޓެވީ މާލެއަށެވެ. މަޤްޞަދަކީ ސިއްރުފުޅުން މާލެ ފައިބާ ވަޑައިގެންނެވުމެވެ. ނަމަވެސް މާލެ އަރާވަޑައިނުގެން އުޅެނިކޮށް، އެބޭފުޅުން ވަޑައިގަންނަވާކަން ފާޅުވެއްޖެއެވެ. ނަތީޖާއަކަށްވީ މާލެއިން ދިޔަ އޮޑިތައް މަކުނުދޫ އާއި ހަމައިން، އެބޭފުޅުން އަތުލައި ގަނެގެން، މާލެ ގެނައުމެވެ. އެދެބޭފުޅުންމެ އަރުވާލީ ޏ.ފުވައްމުލަކަށެވެ. އޭގެ ދުވަސް ކޮޅެއްފަހުން އައްސުލްޠާން ޙަސަން (ދިހަވަނަ) ފުވައް މުލަކުން އައްޑު އަތޮޅު ހިތަދޫ އަށް ފޮނުވާލައްވައިފި އެވެ. އޭނާ އަވަހާރަވީ ހިޖުރައިން 1128 ވަނަ އަހަރު އެވެ. އެއީ އަރުވާލައްވާފައި ހުންނަވާތާ 6 އަހަރުވި ފަހުންނެވެ. 

ދުވަސްކޮޅަކު އަރުވާލެވިފައި ހުންނެވުމަށްފަހު އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ އިބްރާހީމް ރަދުން، އެރަށުން ސަލާމަތްވެ ވަޑައިގެން ސިލޯނުގެ، ގާލީއަށް ވަޑައިގެންނެވި ކަމުގައި ބުނެވެއެވެ. ގާލީ އިން އޭނާ ވަޑައިގެންނެވި ކަމުގައި ބުނަނީ މަދަރާސީ އަށެވެ. އެތަނުން ބަންގާޅު އަށެވެ. ބަންގާޅުގައި އަހަރު ދުވަހު ހުންނެވުމަށްފަހު، އިންޑިޔާގެ ފާރޫޤް ޝިޔާރު އޭ ކިޔޭ ރަސްކަލެއްގެ އެހީތެރިކަމާއެކު، މާލެއާއި ދެކޮޅަށް ވަޑައިގަތުމަށް އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ތައްޔާރު ކުރެއްވި އެވެ. 

އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު މާލެ ވަޑައިގެންނެވީ ދެނަވާއި ބަގަލާއެއްގައެވެ. އޭނާގެ ލަސްކަރާއި މާލޭގެ ލަސްކަރު ބައްދަލުވީ، 23 ރަބީޢުލް އައްވަލް 1123ހ ގައެވެ. މާލޭގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ މާލޭގެ ބުރުޒު ތަކުންނެވެ. އިބްރާހީމް ރަދުންގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ ބޭރު ބަދަރުންނެވެ. އެދުވަހު ހަވީރު ވުމަށްފަހު ބޭރުން ދިޔަ އުޅަދުތައް ދޫނިދޫ ބޭރަށް ހިގައްޖެއެވެ. 

ކުރިން ބުނެވުނު އުޅަދުތައް އެތައް ދުވަހެއް ވަންދެން ދިވެހިރާއްޖޭގައި، ދައުލަތާއި ދެކޮޅަށް ދުއްތުރާތައް ދެއްވަން އުޅުއްވުމަށްފަހު، 26 ޖުމާދިލް އާޚިރު 1123 ހ ގައި އިބްރާހީމް ރަދުން މާލެ ދޫކުރައްވައި، ބަންގާޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ. މާލެ އަތޮޅުން ވަކިވެ ވަޑައިގަތުމުގެ ކުރީގައި ވިލިގިލީގައި ހުންނަ މިސްކިތް ހަލާކުކޮށްލީ ކަމުގައި ބުނެވެއެވެ. 

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ގެ ރަސްކަމުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު މާލޭގައި ހުރި ވަރަށް ގިނަ ގޭގޭގައި ހުޅުޖެހުމުގެ ސަބަބުން ނެތި ހަލާކުވެގެން ދިޔައެވެ. 

ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) އަވަހާރަވީ 29 ޛުލްޙިއްޖާ 1133ހ ގައެވެ. ރަސްކަން ކުރެއްވީ 17 އަހަރާއި، 11 މަހާއި 8 ދުވަހުއެވެ. ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) އަކީ ދިވެހި ތާރީޚްގެ އަހުލުވެރީން ވަރަށް މަތިވެރި ދަރަޖައަކަށް ދަރާފައިވާ ރަސްކަލެކެވެ. އެހެނީ ޙަސަން ތާޖުއްދީން އަށް އަމުރުކުރައްވައިގެން ދިވެހިރާއްޖޭގެ ތާރީޚް ފުރަތަމަ ލިޔުއްވަން ފެއްޓެވީ އެރަދުންނެވެ. 




#Article 193: އިނގިރޭސި (170 words)


އިނގިރޭސި ބަހަކީ އިނގިރޭސިވިލާތުގައި ތަރައްޤީ ވެގެން އައި ބަހެކެވެ. މިބަސް ނިސްބަތްވަނީ ހުޅަނގު އަލްމާނީ ބަސްތަކުގެ ޢާއިލާ އަށެވެ. މި އަދު މިބަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އޮސްޓަރުލިޔާ އާއި ކެނެޑާ އާއި އަޔަލޭންޑް އާއި ނިއުޒިލޭންޑް ގެ އިތުރުން އިނގިރޭސިލާތާއި އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މާދަރީ ބަހަކީ އިނގިރޭސި ބަހެވެ. އަދި ދެވަނަ ބަހެއްގެ ގޮތުގައާއި ރަސްމީ ބަހެއްގެ ގޮތުގައި މުޅި ދުނިޔޭގައި އިނގިރޭސި ބަސް ބޭނުން ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ކޮމަންވެލްތު ގެ ގައުމުތަކުގައެވެ. އަދި ހަމަ އެހެންމެ ބައިނަލް އަޤްވާމީ ގިނަ ޖަމާޢަތް ތަކުގެ ރަސްމީ ބަހެއް ކަމުގައި ވެސް ކަނޑައަޅާފައިވާ ބަހަކީ އިނގިރޭސި ބަހެވެ. 

ޒަމާނީ އިނގިރޭސި ބަހަކީ ދުނިޔޭގެ ލިންގުއާ ފްރާންކާގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. މުވާޞަލާތާއި ސައެންސާއި ވިޔަފާރިއާއި އޭވިއޭޝަނާއި މުނިފޫހިފިލުވުމާއި ޑިޕްލޮމަސީ އާއި އިންޓަނެޓް ގައި ބޭނުން ކުރެވޭ މައި ބަހަކީ އިނގިރޭސި ބަހެވެ. 

އިނގިރޭސި ވިލާތުގެ ރަށްތަކުން ބޭރުގައި އިނގިރޭސި ބަސް ބޭނުން ކުރެވެން ފެށީ ބިރިޠާނަވީ އަމްބަރާޠޫރިއްޔަތުގެ ސަބަބުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެމެރިކާ ނުފޫޒަކީ ވެސް އިނގިރޭސި ބަހަށް ލިބިގެން ދިޔަ އިތުރު ބާރެކެވެ. އަދި ހަމަ އހެންމެ އެމެރިކާއިން ތަރައްޤީ ކުރި މުވާޞަލާތީ ޓެކްނޮލޮޖީގެ ސަބަބުން އިނގިރޭސި ބަހާ ނުލައި އުޅުމަކީ ދަތިކަމަކަށް ވެގެން ދިޔައެވެ. 

ތަފާތު ޢިލްމީ ދާއިރާ ތަކުގެ އަސާސީ ބޭނުން ތަކުގައި އިނގިރޭސި ބަސް ބޭނުން ކުރަން ޖެހޭތީ މުޅި ދުނިޔޭގެ ތަޢުލީމީ ނިޒާމުގައި ވެސް އިނގިރޭސި ބަސް ކޮންމެވެސް ދަރަޖައަކަށް ކިޔަވައިދެވެއެވެ. 

އިނގިރޭސި ބަހަކީ އެންގްލޯ-ފްރީސިއަން ބަހެކެވެ. 




#Article 194: އަނބު (397 words)


 
އަނބަކީ ހޫނު ހިސާބު ތަކުގައި ހެދޭ މޭވާ އެކެވެ. ގަސްގަހާ ގެހީގެ ބާވަތްތައް ބަހާފައިވާއިރު އަނބު ނިސްބަތްވަނީ މެންގިފީރާ ކިޔާ ޢާއިލާ އަކަށެވެ. މިޢާއިލާގައި މޭވާ އަޅާ ތަފާތު 30 ބާވަތެއްގެ ގަސް ހިމެނެއެވެ. އަނބު ޢާންމު ގޮތެއްގައި ހެދެނީ އިރުމަތީ އޭޝިޔާ އާއި، ދެކުނު އޭޝިޔާގެ ގައުމު ތަކުގައިކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ޚާއްޞަކޮށް އިންޑިޔާ، ބަގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ބަރުމާ، ފިލިޕީންސް އަދި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައި އަނބު ހެދޭ މިންވަރު އިތުރު ކަން ފާހަގަ ކުރެވެއެވެ. 

އޭޝިޔާގެ ސަރަހައްދުގައި އަނބަށް ޚާއްޞަ ގަދަރެއް ދެވިފައިވާ ފާހަގަ ވެއެވެ. އަނބަކީ ފިލިޕީންސްގެ ގައުމީ މޭވާ އެވެ. ހިންދީންގެ ތެރޭގައި އަނބު ކަލާންގެ ދެއްވާ ކާނާގެ ގޮތުގައި ސިފަ ކުރެވިފައި ވެއެވެ. ހިންދީންގެ ކައިވެނި، އަދި ދީނީ ހަފްލާތަކަށް ތަންތަން ޒީނަތްތެރި ކުރުމަށް އަނބު ފަތް ބޭނުންކޮށް އުޅެއެވެ. 

ގަދީމީ މިޞްރު މީހުން އަނބުގެ ތޮށި ހަންގަނޑުގައި އަޅައި އުޅުނެވެ. އެއީ އެގޮތަށް ހަދައިގެން އިރުގެ ދޯދިތަކުން ހަނގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށް ހަމުގެ ކެންސަރަށް ހަންގަނޑު ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރުމަށް ކަމަށް ބުނެވެއެވެ. 

 
އަނބަށް އިގިރޭސި ބަހުން ކިޔައި އުޅޭ މެންގޯ މިނަން އައިސްފައިވަނީ ތަމަޅަ، އަދި މަލަޔާޅަމް ބަހުން ކަމަށް ބުނެވެއެވެ. މިދެބަހުގައި އަނބަށް ކިޔަނީ މަންގާ އެވެ. މަންގާގެ ގޮތުގައި މިނަން މަޝްހޫރު ވެގެން އައީ ޕޯޗުގީޒުން އިހު ޒަމާނުގައި އިންޑިޔާއަށް ކުރި ދަތުރުތަކަށް ފަހުގައެވެ. ދިވެހި ބަހަށް އަނބު މިނަން އައިސްފައިވަނީ ފާރިސީ ނުވަތަ އުރުދޫ ބަހުން ކަމަށް ބެލެވެއެވެ. ފާރިސީ ބަހުން އަނބަށް ކިޔަނީ އަންބާ މިހެންނެވެ. އަދި އުރުދޫ ބަހުން ކިޔަނީ އަމްބާ މިހެންނެވެ. 

އަނބު ގަހަކީ ހިޔާދޭ ބޮޑުކޮށް ހެދޭ ގަހެކެވެ. އާއްމު ގޮތެއްގައި 40-35 މީޓަރުގެ އުސްމިނަށް އަނބުގަސް ހެދެއެވެ. އަނބުގަހުގެ މައި ބައި 10 މީޓަރުގެ ފުޅާ މިނަށް ބޮޑުވާ ކަމަށް ވެއެވެ. ފެހި ކުލައަށް ހުންނަ ފަތުގެ ދިގުމިނުގައި 35-15 ސެންޓިމީޓަރު ހުންނަ އިރު ފުޅާ މިނުގައި 16-6 ސެންޓިމީޓަރު ހުރެއެވެ. މާ އަޅަނީ ކޯނި ތަކުގެ ކުރީގައެވެ. މާއެޅުމަށް ފަހު އަނބު އެޅުމަށް 6-3މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. 

އަނބުގެ ތަނޑި ބައެއް ފަހަރު ވަރަށް ދިގުކޮށް ހުރެއެވެ. އަނބު ދޮންވުމުން ރީދޫ، އޮރެންޖް، ރަންގު، ރަން، ރަތް އަދި މިނޫން ކުލަތަކުގައި ވެސް ހުރެއެވެ. އާއްމު ގޮތެއްގައި ދޮންނުވާއިރު އަނބު ހުންނަނީ ފެހި ކުލައަށެވެ. ނަމަވެސް ބައެއް ވައްތަރު ދޮންނުވާއިރު ވެސް އެހެން ކުލައަކަށް ހުރެދާނެއެވެ. 

 
އަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. އަދި ހަމަ މިހެން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެން ވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅު ކުރުމުގައި އަނބަކީ ބޭނުންތެރި މޭވާއެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. 

އަނބަކީ އޭގައި ފީނޮލިކް ކަމްޕައުންޑްތައް އެކުލެވޭ ކާނާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފީނޮލިކް ކަމްޕައުންޑް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން ހިމާޔަތް ކޮށްދިނުމުގައި އެހީތެރިވެދޭ ބާވަތްތަކެކެވެ. އަނބުގައި އެކުލެވޭ ފީނޮލިކް ކަމްޕައުންޑް ތަކުގެ ތެރޭގައި ކޮރެސްޓިން، އަސްޓްރަގްލިން، ގަލިކް އެސިޑް އަދި މީތައިލް ގަލޭޓް ފަދަ މާއްދާތައް ހިމެނެއެވެ. 

ދަނގަޑު ގިނަ ޢަދަދަކަށް އަނބުގައި ހިމެނޭތީ ލޭދަށްވުން ތަޙައްމަލު ކުރަމުންދާ މީހުންނަށް އަނބު ކެއުމަށް އިރުޝާދު ދެވެއެވެ. މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ލައިގެންފައިވާ މީހުން އަނބު ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ. އެއީ ބޭރުވެގެންދާ ލެޔާއެކު ގެއްލިގެންދާ ދަނގަޑުގެ ބައި އަބުރައި ހޯދުމަށް އަނބު ބޭނުންކުރުން އެހީއަކަށްވާތީ އެވެ. 

 
އަނބު އެންމެ ގިނައިން ހައްދަނީ އިންޑިޔާގައެވެ. ދުނިޔޭގެ އެންމެ ގިނައިން އަނބުހައްދައި އެއިން ވިޔަފާރި ކުރާ 12 ގައުމުގެ ތެރޭގައި އޭޝިޔާގެ 8 ގައުމު ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިޔާ، ޕާކިސްތާނު، އިންޑޮނޭޝިޔާ، ޗައިނާ، ތައިލޭންޑް، ފިލިޕީންސް އަދި ބަގްލާދޭޝް ފަދަ ގައުމުތައް ހިމެނެއެވެ. 




#Article 195: ސީނުކަރަ (465 words)


ސީނުކަރައިގެ މީހުންގެ ޖުމްހޫރިއްޔާ () ނުވަތަ ޢާއްމު ނަމުން ކިޔާ ގޮތަށް ނަމަ ސީނުކަރަ އަކީ އިރުމަތީ އޭޝިޔާ ގައި އޮތް އެއްމެ ބޮޑު ޤައުމެވެ. 1.31 ބިލިއަން މީހުންގެ އާބާދީއެއް އޮތް މިޤައުމަކީ ދުނިޔޭގެ އެއްމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ގޮތުން ބަލާއިރު 9.5 މިލިއަން އަކަކިލޯމީޓަރުގެ އަކަމިނެއް ލިބިފައިވާ ސީނުކަރަ އަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ 3 ވަނަ އަށް އެއްމެ ބިޔަ ޤައުމެވެ. ސީނުކަރައިގެ ވެރިރަށަކީ ބީޖިންގ އެވެ.

އެންމެ ޕާޓީއެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ނިޒާމެއް އޮތް ޗައިނާގައި ވެރިކަން ކުރަނީ “ކޮމިއުނިސްޓް ޕާޓީ އޮފް ޗައިިނާ” އިންނެވެ.
ޗައިނާގައި އެ ޤައުމުގެ އާދައިގެ މަތީން ހިނގާ 22 ޕްރޮވިންސު އޮވެއެވެ. ޒާތީވެރިކަމެއް އޮންނަ ފަސް ސަރަޙައްދު އޮވެއެވެ. މި ފަސް ސަރަޙައްދަކީ؛ ޚިންޖިއާން، އިނަރ މޮންގޯލިޔާ، ޓިބެޓް، ނިންޚިޔާ، އަދި ގުއާންޚީއެވެ. 
މީގެ އިތުރުން ހަތަރު މުނިސިޕަލްޓީ އާއި ވަރަށް ބޮޑު ޒާތީ މިނިވަންކަމެއް އޮންނަ ދެ ސަރަޙައްދު އޮވެއެވެ. ހަތަރު މުނިސިޕަލްޓީއަކީ؛ ބެއިޖިން، ތިއާންޖިން، ޝަންހާއީ އަދި ޗޮންކިން އެވެ. ވަރަށް ބޮޑު ޒާތީ މިނިވަންކަމެއް ދެވިފައި އޮންނަ ޚާއްޞަ އިދާރީ ސަރަޙައްދުތަކަކީ ހޮންކޮންގާއި މަކާއޯއެވެ. 
ޗައިިނާގެ ވެރިކަން ކުރާ ރަށަކީ ބެއިޖިންގެވެ. 
އަކަމިނުގައި ގާތްގަނޑަކަށް 9.6 މިލިޔަން އަކަކިލޯމީޓަރު ހުރި ޗައިނާއަކީ އަކަމިނަށް ބިލާއިރު ދުނިޔޭގައި އޮތް ތިންވަނައަށް ނުވަތަ ހަތަރުވަނައަށް އެންމެ ބޮޑު ޤައުމެވެ.
ދުނިޔޭގެ އެންމެ ޤަދީމީ ޙަޟާރަތްތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ޤަދީމީ ޙަޟާރަތު އުފަންވެފައިވާ ރީނދޫކޯރުގެ އައްސޭރީގައެވެ. 
މިއަދު ދުނިޔޭގައި އިޤްތިޞާދީ ގޮތުން ތިންވަނައަށް އެންމެ ބޮޑު ޤައުމުގެ ގޮތުގައި އޮތް ޗައިނާއަކީ އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ. ނިއުކްލިޔަރ ހަތިޔާރު ހުރި ޗައިނާއަކީ ސިފައިންގެ ލަޝްކަރު އެންމެ ބޮޑު ޤައުމެވެ. އަދި ހަމައެހެންމެ ތިންވަނައަށް ދިފާޢީ ބަޖެޓު ވެސް އެންމެ ބޮޑު ޤައުމުމެއެވެ.

ޗައިނާގެ ޞިނާޢީކުރިއެރުމުގެ ސަބަބުން އެ ޤައުމުގެ ފަޤީރުކަމުގެ ނިސްބަތްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ގޮތުން 1981 ވަނަ އަހަރުގައި ޗައިނާގެ ފަޤީރުކަން 53% ގައި އޮތް ނަމަވެސް 2001 ވަނަ އަހަރާ ހަމަޔަށް އައިއިރު މި ޢަދަދުވަނީ 8% އަށް ތިރިވެފައެވެ.
އެހެން ނަމަވެސް މިއަދު ޗައިނާއަށް ވަނީ އެހެން މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. “އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު” ގެ ސަބަބުން ޗައިނާގެ ޒުވާންފުރައިގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަމަ އެއާއެކު މުސްކުޅީންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން ވަރަށް ބޮޑު އިޖްތިމާޢީ ހަމަނުޖެހުމަކާ އެ ޤައުމަށްވަނީ ކުރިމަތިލާން ޖެހިފައެވެ.
އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޗައިިނާއަކީ ނޫސްވެރިކަމުގެ މިނިވަންކަމެއް ވެސް ނެތް ޤައުމެކެވެ.

ޗައިނާގެ ލިޔެވިފައިވާ ތާރީޚު ފެށެނީ ޢީސާއީ ސަނަތުގެ 1550 އަހަރު ކުރީންނެވެ. ޝާން ޚާންދާނުގެ ވެރިކަމުގައި ޤަދީމީ ސީނުކަރައިގެ ލިޔުންތައް ލިޔެފައިވާ ކަހަނބު ފަތްތަކަކީ 1500 ބީ.ސީ އާ ހިސާބުގެ އެއްޗެހިކަމަށް ކާބަން ޑޭޓިން އިން ދައްކައެވެ.
އެހެން ނަމަވެސް ޗައިނާގައި މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވަނީ މީގެ ވެސް އެތައް ޤަރުނެއް ކުރީންކަމަށް އެ ޤައުމުގެ އާސާރު ހެކިދެއެވެ. 

ދުނިޔޭގައި މިވަގުތު އޮތް ކޮމިއުނިސްޓް މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާއަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް ބާއްވަމުން އަންނަ ޤައުމެކެވެ. 
ހުޅަނގުގެ ޤައުމުތަކުގެ ތެރެއިިން ޗައިނާއާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރީ ސުވިޑެންއިންނެވެ. އެއީ 9 މެއި 1950 ގައެވެ.

އިންސާނީ ޙައްޤުތަކާ ޚިލާފަށް ޙަރަކާތްތެރިވާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޗައިނާގައި އެ ޤައުމުގެ ސިޔާސަތާ ދެކޮޅަށް ޙަރަކާތްތެރިވުމުގެ ފުރުޞަތެއް ވެސް އަދި ހަމަ އެހެންމެ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތެއް ވެސް ނޯވެއެވެ. 
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސް މަޖައްލާތަކަށް ވެސް ޗައިނާގައި ފުރުޞަތު ނޯންނަކަމީ ޗައިނާއިން އިިންސާނީ ޙައްޤުތަކަށް އިޙްތިރާމްނުކުރާ ކަމުގެ ހެތްކެކެވެ. 
އިންސާނުންނަށް ލިބިދޭން ޖެހޭ އަސާސީ ޙައްޤުތައް ޗައިނާގެ ރައްޔިތުންނަށް ލިބިދޭން ޖެހޭނެ ކަމުގައި އެ ޤައުމުގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވި ކަމުގައި ވިޔަސް، ޖިނާއީ ކުށެއްގެ ގޮތުގައި، ދައުލަތާ އިދިކޮޅު ޢަމަލު ހިންގިކަމަށް ބަލައި، މީގެ ތެރެއިން ވަރަށް ގިނަ ޙައްޤުތައް ނިގުޅައިގަނެވޭކަން ފާހަގަކުރެވެއެވެ.

އެއްތްނިކް ގޮތުން ބަލާއިރު ޗައިނާގެ 91% އަކީ ހާން ނަސްލުގެ މީހުންނެވެ. މީގެ އިތުރުން ވެސް ތަފާތު 11 ނަސްލެއްގެ މީހުން ޗައިނާގައި އުޅެއެވެ.
ޗައިނާގެ ސަރުކާރަކީ އިލްޙާދީ (އެތީސްޓް) ސަރުކާރެކެވެ. އެހެން ނަމަވެސް އެ ޤައުމުގައި ޓާއޮއިޒަމް، ބުދިޒަމް، އިސްލާމް، ހިންދުއިޒަމް އަދި ކްރިސްޓިއަނިޓީ ހިމެނެއެވެ.




#Article 196: އިންޑޮނޭޝިޔާ (403 words)


އިންޑޮނޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ އާއި އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. އިންޑޮނޭޝިޔާ އެކުލެވިގެންވަނީ 17508 ރަށެއްގެ މައްޗަށެވެ. އިންޑޮނޭޝިޔާގެ އާބާދީއަކީ 237 މިލިޔަނެވެ. އެހެން ކަމުން އެ ޤައުމަކީ އާބާދީގެ ގޮތުން ބަލާއިރު ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އަދި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ވެސް މެއެވެ.
އިންޑޮނޭޝިޔާއަކީ ޖުމްހޫރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. 
އިންޑޮނޭޝިޔާ އަކީ ޕަޕުއާނިއުގިނީ އާއި އީސްޓް ޓިމޯރު އާއި މެލޭޝިޔާ އާ ސީމާވެފައިވާ ޤައުމެކެވެ. އިންޑޮނޭޝިޔާ އާއި އަވަށްޓެރި އެހެން ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި، ފިލިޕީންސާއި، އޮސްޓްރޭލިޔާ އާއި އިންޑިޔާގެ އަންޒަމާނާއި ނައްކަވާރު ޖަޒީރާއެވެ.
ހަތްވަނަ ޤަރުނުގެ ތެރޭގައި އިންޑޮނޭޝިޔާވެފައިވަނީ ވިޔަފާރީގެ ގޮތުން ބަލާއިރު ވަރަށް މުހިއްމު ސަރަޙައްދަކަށެވެ. އެއީ ސިރީވިޖެޔާގެ ރަސްކަމުގެ ޒަމާނެވެ. އިންޑިޔާއަކީ ޤަދީމީ ޒަމާނުގެ އިންޑޮނޭޝިޔާގެ ވެރިންނާ ވަރަށް ބޮޑަށް ގުޅުން ޤާއިމުވެފައި އޮތް ޤައުމެއްކަމުން، އިންޑޮނޭޝިޔާގެ އޭރުގެ ވެރީންވަނީ އިންޑިޔާގެ ދީންތަކަށް ވަރަށް ބޮޑަށް ލެނބިވަޑައިގެންފައެވެ.
އިންޑޮނޭޝިޔާއަށް އިސްލާމްދީން އައިސްފައިވަނީ މުސްލިމު ވިޔަފާރިވެރިންގެ ފަރާތުންނެވެ. 
އިންޑޮނޭޝިޔާއަކީ އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ޤައުމެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން އެ ނަސްލަކަށް ނިސްބަތްވާ ނަސްލަކީ ޖާވާނީ ނަސްލެވެ. 
އިންޑޮނޭޝިޔާގެ މޮޓޯއަކީ “ބިހންނެކަ ތުން÷ަލް އިކަ” އެވެ. މީގެ މާނައަކީ “ގިނަ އެހެނަސް އެއް” ބައެއް ދިރިއުޅޭ ޤައުމެވެ.

އިންޑޮނޭޝިޔާ މިނަން އުފެދިފައިވަނީ “އިންޑަސް” މި ބަހާއި ނޭސޯސް” މި ބަހާއި ދެބަހުންނެވެ. މީގެ މާނައަކީ “އިންޑިޔަން އައިލެންޑްސް” އެވެ. މިއީ އިންޑޮނޭޝިޔާގެ ރަށްވެހީންނަކީ އިންޑިޔާއާ ގުޅިފައިވާ ބައެއް ކަމުން ކިޔުނު ނަމެކެވެ.

އިންޑޮނޭޝިޔާގެ ތާރީޚަށް ބަލައިއިރު މި ރަށްތަކުގައި މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ މީހުން ދިރިއުޅެމުން އަންނަ ކަމަށް ޢިލްމީ ދިރާސާތަކުގައި ފާހަގަކުރެވިފައިވެއެވެ. 
މިއަދު އިންޑޮނޭޝިޔާގައި ތިބި ގިނަ މީހުން އެ ނަސްލަކަށް ނިސްބަތްވާ މީހުންކަމުގައިވާ އޮސްޓްރޮނޭޝިޔަން މީހުން އެ ޤައުމަށް އައިސްފައިވަނީ ޢީސާއީމީލާދުގެ 2000 އަހަރު ކުރީންނެވެ. 
އިސްލާމްދީނުގެ ކުރީކޮޅުގައި ވެސް މުސްލިމް ވިޔަފާރިވެރިން އިންޑޮނޭޝިޔާއަށް ދަތުރުކޮށްފައިވެއެވެ. އެހެން ނަމަވެސް އިސްލާމްދީން އިންޑޮނޭޝިޔާގެ މީހުންގެ ތެރޭގައި ކުރިއަރައިގެން ގޮސްފައިވަނީ މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައެވެ.
ސުމަތުރާގެ އުތުރުން ފެށިގެން އިސްލާމްދީން ދިޔައީ އިންޑޮނޭޝިޔާގެ އެހެން ހިސާބުތަކަށް ފުޅާވެގެންނެވެ. 16 ވަނަ ޤަރުނާ ހަމަޔަށް އައިއިރު ޖާވާ އާއި ސުމަތުރާގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ދީނަކީ އިސްލާމްދީނެވެ.
އިންޑޮނޭޝިޔާއަށް އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުން އައިސްފައިވަނީ 1512 ވަނަ އަހަރުގައެވެ. އެއީ ފްރާންސިސްކޯ ސެރާއޯގެ ޤިޔާދަތުގެ ދަށުގައި އައި ޕޯޗުގީޒު ވިޔަފާރިވެރިންނެވެ. އިންޑޮނޭޝިޔާގެ މަލުކުގެ ރަށްތަކުގައި މި މީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިޔަށް ގެންދިއައެވެ. 
ޕޯޗުގީޒުންގެ ފަހުން ދެން އައިސްފައިވަނީ ލަންދޭސީންނާއި އިނގިރޭސީންނެވެ. 1602 ވަނަ އަހަރު ލަންދޭސީން “ޑަޗް އީސްޓް އިންޑިޔާ ކޮންޕެނީ” ޤާއިމުކުރިއެވެ. ބަނގުރޫޓުވުމުގެ ސަބަބުން މި ކުންފުނިވަނީ 1800 ވަނަ އަހަރު ނެތިގެން ގޮސްފައެވެ. 
ނެދަލޭންޑުގެ އަތްދަށުން މުޅީން މިނިވަންވެ އިންޑޮނޭޝިޔާއަށް މިނިވަންކަން ލިބުނުކަމަށް އިޢުލާންކޮށްފައިވަނީ 17 އޮގަސްޓު 1945 ގައެވެ. އެހެން ނަމަވެސް އިންޑޮނޭޝިޔާއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދުނިޔެ ޤަބޫލުކޮށްފައިވަނީ 27 ޑިސެންބަރު 1949 ގައެވެ. 

ޖީ.ޑީ.ޕީ ޕަރ ކެޕިޓާ 3980 ޑޮލަރުގައި އޮތް އިންޑޮނޭޝިޔާއަކީ ޖީ 20 ގައި ވެސް ހިމެނޭ ޤައުމެކެވެ. އިންޑޮނޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ. 
އިންޑޮނޭޝިޔާއިން އުފައްދާ މައިގަނޑު ތަކެއްޗަކީ ކާށި ތެލާއި، ހަނޑުލާއި، ސައި ފަތާއި، ކޮފީ އާއި، ހަވާދާއި ރަބަރެވެ. 

އިންޑޮނޭޝިޔާގައި ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާއިރު އެ ޤައުމުގެ ސަގާފަތަށް އިންޑިޔާ އާއި ޢަރަބި އަދި ޗައިނާ އާއި މެލޭ އަދި ޔޫރަޕުގެ ސަގާފަތްތަކުގެ އަސަރުކޮށްފައިވެއެވެ.

އިންޑޮނޭޝިޔާގެ ރަސްމީ ބަހަކީ “އިންޑޮނޭޝިޔަން” ބަހެވެ. މިއީ “މެލޭ” ބަހާއި ހުރިހައި ގޮތަކުން ވެސް އެއްގޮތް ބަހެކެވެ. ސިޔާސީ ސަބަބުތަކަށް ޓަކައި ނަން ތަފާތުކޮށްފައި ވިޔަސް “އިންޑޮނޭޝިޔަން” އާއި “މެލޭ” ބަހަކީ އެއްބަހެއް ކަމަށް ބަހުގެ މާހިރުން ވިދާޅުވެއެވެ.
އިންޑޮނޭޝިޔާގެ ވެރިރަށަކީ އަދި އެންމެ ބޮޑު ސިޓީއަކީ ޖަކާތާއެވެ.




#Article 197: ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ (652 words)


ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އަކީ ދިވެހިރާއްޖޭގެ ރަސްކަން ނުވަތަ ރަނިކަން ކުރެއްވި ބޭފުޅެކެވެ. 

އައްސުލްޠާނާ ރެހެންދި ޚަދީޖާ ނުވަތަ އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީނު އަކީ ރެހެންދި ޚަދީޖާގެ އެއްބަފާ ކޮއްކޯފުޅު އެވެ. ރަނިކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގެން އިންނެވީ އަލްޚަޠީބު ޖަމާލުއްދީނު އާއެވެ. އަލްޚަތީބު ޖަމާލުއްދީންއަކި ފަހުން ރަސްކަމަށް އިސްވެ ވަޑައިގެން ސުލްޠާން މުޙައްމަދު އަލްޖަމީލް އެވެ.

ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ 3 ފަހަރު މަތީން 35 އަހަރު ވާންދެން ރާއްޖޭގެ ރަނިކަން ކުރެއްވި އެވެ. ފުރަތަމަ ފަހަރު ރަނިކަން ކުރެއްވީ މީލާދީން 1342 ން 1362 އަށެވެ. އެއީ ހިޖުރައިން 742 ން 764 އަށެވެ. ފުރަތަމަ ފަހަރު 22 އަހަރު ވަންދެން ރަނިކަން ކުރެއްވި އެވެ. ދެވަނަ ފަހަރު ރަނިކަން ކުރެއްވީ މީލާދީން 1363 ން 1374 އަށެވެ. އެއީ ހިޖުރައިން 765 ން 775 އަށެވެ. ދެވަނަ ފަހަރު 10 އަހަރު ވަންދެން ރަނިކަން ކުރެއްވި އެވެ. ތިންވަނަ ފަހަރު ރަނިކަން ކުރެއްވީ މީލާދީން 1377 ން 1380 އަށެވެ. އެއީ ހިޖުރައިން 778 ން 781 އަށެވެ. ޖުމްލަ އެކު ކުރިންވެސް ބުނެވުނު ހެން 35 އަހަރު ވަންދެން ދިވެހިރާއްޖޭގެ ރަނިކަން ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ކުރައްވާފައި ވެއެވެ. 

ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ 3 ފަހަރު މަތީން 35 އަހަރު ވާންދެން ރާއްޖޭގެ ރަނިކަން ކުރެއްވި އެވެ.

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 742 ވަނަ އަހަރު އެވެ. އެއީ އެކަމަނާގެ ކޮއްކޯފުޅު ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަދުން ގަތުލު ކުރެއްވުމަށްފަހު ނުވަތަ އަވަހާރަވުމަށްފަހު ގައެވެ. ރަނިކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގެން އިންނެވީ އަލްޚަޠީބު ޖަމާލުއްދީނު އާއެވެ. 

ރެހެންދި ޚަދީޖާ ރަނިކަމަށް އިސްވެ ވަޑައިގަތުމަށްފަހު، އެކަމަނާގެ ފިރިކަލުން ވަޒީރެއް ކަމުގައިވެ، އަމުރުވެރިއަކު ކަމުގައި ވެއްޖެއެވެ. އަދި އޭނާގެ ދަރިކަލުން މުޙައްމަދު އޭނާގެ ބަދަލުގައި ޚަޠީބުކަމަށް އިސްކޮށްފިއެވެ. އަމުރުވެރިޔަކީ އަލްވަޒީރު ޖަމާލުއްދީން ކަމުގައި ވިޔަސް އަމުރުތައް ހިންގައި ހަދަނީ ހަމައެކަނި އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ނަންފުޅުގެ މަތީންނެވެ. އަމުރުތައް ލިޔެފައި ހުންނަނީ ފަންވަތުގައި، ފިޔޮއްސެއްގެ ސިފައިގައި ގުދުކޮށްފައި އޮންނަ ދަނގަޑުކޮޅަކުންނެވެ. ކަރުދާހުގައި ލިޔަނީ ހަމައެކަނި ގުރުއާން އާއި އިލްމީ ފޮތްފޮތެވެ. 

ޚަޠީބު މީހާ ކޮންމެ ހުކުރު ޚުޠުބާ އަކާއި އެފަދަ އެހެން ކަމުގެ ޚުޠުބާގައި ރަނިކަމަނާގެ ނަންގަނެއެވެ. އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަން ކުރައްވާތާ 22 އަހަރު ވީތަނާ އޭނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ނުވަތަ ރީތި މުޙައްމަދު އެކަމަނާ ރަސްކަމުގެ ތަޚުތުން ދުރުކުރައްވައި ރަސްކަމަށް އިސްވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 764 ވަނަ އަހަރު އެވެ. 

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ފަހަރަށް ރާއްޖޭގެ ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 765 ވަނަ އަހަރު އެވެ. ބުނެވޭގޮތުގައި އެއީ އޭނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ސިރީ ބަވަނަ ސޫޖަ މަހާރަދުން ގަތުލުކުރެއްވުމަށް ފަހުގައެވެ. ނުވަތަ އެރަދުން ގުދުރަތީގޮތުން އަވަހާރަވުމަށް ފަހުގައެވެ. އެފަހަރު 10 އަހަރު ވަންދެން ރާއްޖޭގެ ރަނިކަން ކުރެއްވި އެވެ. 

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަން ކުރައްވާތާ 10 އަހަރުވީތަނާ އެކަމަނާގެ ދެވަނަ ފިރިކަލުން އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، ރަސްކަމުގެ މައްޗަށް ވެރިވެ ވަޑައިގަތެވެ. މިއަލްވަޒީރު ޢަބްދުﷲ އަކީ ރެހެންދި ޚަދީޖާގެ އެއްބަފާ ކޮއްކޯފުޅު ސުލްޠާން އަޙްމަދު ޝިހާބުއްދީނު ގެ ދޮންބައްޕާފުޅެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީނު އާއި، އަލްވަޒީރު ޢަބުދުﷲ އާއި ދެމެދު ހިނގި އޮޅުންތަކެއްގެ ނަތީޖާއެއްގެ ގޮތުން ހުވަދު އަތޮޅަށް އަރުވާލެވިފައި ވަނިކޮށް، އަލްވަޒީރު ޢަބްދުﷲ މާލެގެންނެވީ، މުޙައްމަދު ޖަމާލުއްދީން ގެ ބޮޑު ވަޒީރު ކަމުގައެވެ. 

އަލްވަޒީރު ޢަބުދުﷲ އާއި ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގަތީ އެކަމަނާގެ ފުރަތަމަ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ދުނިޔެއިން ވަކިވެވަޑައިގަތުމަށް ފަހުގައެވެ. ރެހެންދި ޚަދީޖާގެ މައްޗަށް އަލްވަޒީރު ޢަބުދުﷲ ގަދަވެވަޑައިގެން ރަސްކަން އަތުލެއްވީ ހިޖުރައިން 775 ވަނަ އަހަރުގައެވެ. 

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ތިންވަނަ ފަހަރަށް ރާއްޖޭގެ ރަނިކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 778 ވަނަ އަހަރު އެވެ. އެއީ އޭނާގެ ފިރިކަލުން ސުލްޠާން ޢަބްދުﷲ(އަލްވަޒީރު ޢަބުދުﷲ) ގަތުލުކުރެއްވުމަށްފަހު ގައެވެ. އެފަހަރު ރާއްޖޭގެ ރަނިކަން 3 އަހަރު ވަންދެން ކުރެއްވި އެވެ. 

މަޣްރިބު ކަރައިގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ފުރަތަމަ ފަހަރު ދިވެހިރާއްޖެ އަށް ދުރުވީ މިކަމަނާގެ ފުރަތަމަ ރަސްކަމުގެ ދެވަނަ ދައުރު ގައެވެ.އެއީ ހިޖުރައިން 744 ވަނަ އަހަރު އެވެ. އެފަހަރު ރާއްޖެއިން އެބުރި ވަޑައިގަތީ ހިޖުރައިން 745 ވަނަ އަހަރުއެވެ. އިބްނު ބަޠޫޠާ ދިވެހިރާއްޖެ އަށް ދުރުވުމުން ރެހެންދި ޚަދީޖާގެ ފަރާތުން އޭނާއަށް ވަރަށް ހޫނު ތަރުޙީބެއް ލިބިލެއްވި އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އިބްނި ބަޠޫޠާ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު ގެ ހުވަފަތް އަނބިކަބަލުންނާއި ކައިވެނި ބައްލަވައިގެންފި އެވެ. މިކާވެނި ކުރެއްވުމާއެކު އަލްވަޒީރު ޖަމާލުއްދީންގެ ޚާއްޞަ އެދުންފުޅެއްގެ މަތީން އިބްނު ބަޠޫޠާ ރާއްޖޭގެ ފަނޑިޔާރުކަމާ ޙަވާލުވެ ވަޑައިގެންނެވި އެވެ. އިބްނު ބަޠޫޠާ ދެވަނަ ފަހަރު ވެސް ރާއްޖެ ވަޑައިގަތީ ހަމަ ރެހެންދި ޚަދީޖާގެ ރަސްކަމުގެ ދުވަސް ވަރުގައެވެ. 

އިބްނު ބަޠޫޠާ ދިވެހިރާއްޖޭގައި ހުންނެވި ހުންނެވުމުގައި އެގިލެއްވި އެނގިލެއްވުމެއްގެ މައްޗަށް ބިނާކުރައްވައި، އޭނާގެ ދަރިވަރެއް ކަމުގައިވި، އިބްނު ޖަޒްޔު ގެ ގަލަން މެދުވެރި ކުރައްވައިގެން ދިވެހިރާއްޖޭގެ ވަރަށް ގިނަ ޚަބަރުތައް އޭނާ ބަޔާން ކުރައްވާފައި ވެއެވެ. 

ރެހެންދި ޚަދީޖާ އަކީ ވަރަށް ހިތްވަރުގަދަ ހިކުމަތްތެރި ބޭކަނބަލެކެވެ. ވަރުގަދަ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. ދިވެހިރާއްޖޭގެ މާޒީގެ ބަޠަލާއިންގެ ތެރެއިން އެންމެކެރޭ އެންމެ ހިތްވަރުގަދަ ބަތަލާވެސް މެއެވެ. އެހެނީ ފުރަތަމަ ދެފަހަރު އޭނާ ރަސްކަމަށް އިސްވެވަޑައިގަތީ އޭނާގެ ދެފިރިކަލުންނަށްވުރެ ކުރި ހޯއްދަވައިގެންނެވެ. 

ރެހެންދި ޚަދީޖާގެ ދިރިއުޅުއްވުމަށް ބަލާއިރު އެކަމަނާ އަކީ މާތް އަޚްލާޤެއްގެ ވެރި ޝަޚްޞިއްޔަތެކޭ ދެންނެވޭކަން ނެތެވެ. ސަބަބަކީ އެކަމަނާގެ ދެފިރިކަލުންމެ ގަތުލު ކުރެއްވީ ޚުދު އެކަމަނާ ކަމުގައި ވުމެވެ. ނަމަވެސް އިބްނި ބަޠޫޠާގެ ލިޔުއްވުމުގައި ރެހެންދި ޚަދީޖާގެ މައްޗަށް އެއްވެސް ދަޢުވާއެއް ކުރައްވާފައެއް ނުވެއެވެ. އަދި ކިއެއްތަ އޭނާގެ ހުރިހާ ލިޔުމެއްގައި ހެންހުރީ ޖަމާލުއްދީން ރަދުން ގުދުރަތީގޮތަކުން ފުރައުއްތަވީ ކަމުގައެވެ. 

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ އަވަހާރަވީ ހިޖުރައިން 781 ވަނަ އަހަރު އެވެ. 




#Article 198: ސުލްޠާން މުޙައްމަދު އަލްޖަމީލު (241 words)


 އަކީ މީލާދީން 1362 ން 1364 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 764 ން 765 އަށެވެ. ސުލްޠާން މުޙައްމަދު އަލްޖަމީލު އަކީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ފުރަތަމަ ފިރިކަލުންނެވެ. 

ސުލްޠާން މުޙައްމަދު އަލްޖަމީލު ގެ ނަސަބެއް ތާރީޚުން އެނގޭކަން ނެތެވެ. މިރަދުންނަކީ ކުރިން އަލްވަޒީރު މުޙައްމަދު ޖަމާލުއްދީން އެވެ. ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތަކަށް ބުރަވެ ވިސްނޭގޮތުން މިރަދުންނަކީ ވެސް ރާއްޖެއިން ބޭރުން ވަޑައިގެންނެވި މީހެއް ކަމަށް ލަފާ ކުރެވެއެވެ. 

ރެހެންދި ޚަދީޖާގެ ރަސްކަމުގެ ފުރަތަމަ ދައުރުގައި ހެނެވި ރަސްކިލެގެ މަގާމްގައި މި މުޙައްމަދު ޖަމާލުއްދީން ހުންނެވި އެވެ. މިއީ ރަނިކަމަނާގެ ގާއިމް މަގާމް އެވެ. މިއީ އަންހެނަކު ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރައްވާނަމަ އޭނާގެ ފިރިއަކަށް ހުންނަ މީހަކަށް ދެއްވާ މަގާމެވެ. އިބްނި ބަޠޫޠާ ލިޔުއްވާފައިވާ ގޮތުން އޭނާ ރާއްޖެ ދުރުވި އިރު ރެހެންދި ޚަދީޖާ ގެ އަމުރުފުޅަށް އަލްވަޒީރު މުޙައްމަދު ޖަމާލުއްދީން ރަސްކަމުގެ ކަންތައްތައް ހިންގަވާފައި ވެއެވެ. 

ހިނެވިރަސްކިލެގެ މަގާމް ގައި ހުރި ދުވަސްވަރު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން އަލްޤާޟީ ޢީސާ އަލްޔަމަނީގެ ބަދަލުގައި އިބްނު ބަޠޫޠާ އަށް ދެއްވި އެވެ. 

ސުލްޠާން މުޙައްމަދު އަލްޖަމީލު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 764 ވަނަ އަހަރު އެވެ. ރަސްކަންކުރެއްވީ އެއް އަހަރުވަރު އެވެ.ކުރިންވެސް ބަޔާންކުރެވުނު ހެން އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަން ކުރައްވާތާ 22 އަހަރު ވީތަނާ އޭނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ނުވަތަ ރީތި މުޙައްމަދު އެކަމަނާ ރަސްކަމުގެ ތަޚުތުން ދުރުކުރައްވައި ރަސްކަމަށް އިސްވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 764 ވަނަ އަހަރު އެވެ. ބައެއް ލިޔުންތަކުގައިވަނީ މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ ނުހައްގުން ކަމުގައެވެ. 

ސުލްޠާން މުޙައްމަދު އަލްޖަމީލު އަވަހާރަވީ ގޮތާމެދު، ތާރީޚްގެ އަހުލުވެރީން ޚިލާފު ވެއެވެ. ތާރީޚް ލިޔުންތެރިޔާ ޙަސަން ތާޖުއްދީން ބުނުއްވަނީ ސުލްޠާން މުޙައްމަދު އަލްޖަމީލު ރަސްކަން ކުރައްވާތާ އަހަރު ދުވަސް ވީތަނާ، ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އޭނާ ގަތުލުކުރައްވާފައި، ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ ވަޑައިގަތީ ކަމަށެވެ. އިބްނު ބަޠޫޠާ ބުނުއްވަނީ ސުލްޠާން މުޙައްމަދު އަލްޖަމީލު ގުދުރަތީ ގޮތުން އަވަހާރަވުމަށްފަހު، ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ ވަޑައިގަތީ ކަމަށެވެ. މިދެބުނުމުގެ ތެރެއިން ބޮޑަށް ބުރެވެވެނީ އިބްނު ބަޠޫޠާގެ ބުނުމަށެވެ. އަވަހާރަވީ ހިޖުރައިން 765 ވަނަ އަހަރު އެވެ.




#Article 199: ސުލްޠާން ޢަބްދުﷲ (100 words)


  އަކީ މީލާދީން 1374 ން 1377 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 775 ން 778 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 775 ވަނަ އަހަރުއެވެ. 

އައްސުލްޠާން ޢަބްދުﷲ ސިރީ ދަންމަރު އާދީއްތަ މަހާ ރަދުންނަކީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ފިރިކަލުންނެވެ. އިބްނު ބަޠޫޠާ ދިވެހިރާއްޖެ ދޫކުރެއްވީ މި ޢަބުދުﷲ ރަދުން ވަޒީރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެދެކަލުންގެ ދެމެދުގައި ހިނގި ގަޑުބަޑު ތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. 

ސުލްޠާން ޢަބްދުﷲ ރަސްކަން ކުރެއްވީ 3 އަހަރު ވަންދެނެވެ. ރަސްކަން ކުރައްވާތާ 3 ވަނަ އަހަރު ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އޭނާ ގަތުލު ކުރައްވައިފި އެވެ. ނުވަތަ ގުދުރަތީ ގޮތުން އޭނާ އަވަހާރަ ވެއްޖެއެވެ. މިކަން ހިގުމަށްފަހު ތިންވަނަ ފަހަރަށް ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަސްކަމަށް އިސްވެ ވަޑައިގަތީ އެވެ. މިކަން ހިނގީ ހިޖުރައިން 778 ވަނަ އަހަރު ގައެވެ. 




#Article 200: ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ (169 words)


އަކީ މީލާދީން 1380 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 790 ވަނަ އަހަރުގައެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 790 ވަނަ އަހަރުއެވެ.

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ ސިރީ ސުންދުރަ މަހާ ރަދުން ގެ ނަސަބެއް ދިވެހި ތާރީޚްގައި އެނގޭކަން ނެތެވެ. މިރަދުން ވެސް މަހަކާއި ފަނަރަ ދުވަސް ވަންދެން ރަސްކަން ކުރެއްވިތަނާ ހިލާލީ ކަލޯގެ ދަރިކަލުން ޙަސަން،(ސުލްޠާން ޙަސަން އަލްހިލާލީ) ރަސްކަން އަތުލައި ގަންނަވައިފި އެވެ. މިކަން ހިނގީ ހިޖުރައިން 790 ވަނަ އަހަރު އެވެ. 

ސުލްޠާން ޙަސަން އަލްހިލާލީ ރަސްކަން އަތުލައިގަތުމަށްފަހު، ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ، ތ.އަތޮޅު ގުރައިދޫ އަށް އަރުވާލެއްވި އެވެ. ބައެއް ބުނުންތަކުގައި ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ އަރުވާލެވުނީ ލ.އަތޮޅު ގަމަށް ކަމަށް ވެސް ބުނެވެއެވެ. އަދި ގަމުގައި ހުންނަވަނިކޮށް މަޢާފްލިބިވަޑައިގެން މާލެއަށް ވަޑައިގަންނަވަނިކޮށް، ޖެހިވަޑައިގަތް އާލާސްކަންފުޅެއްގައި އަވަހާރަވެ، ތ.ގުރައިދޫގައި ފަސްދާނު ލެވުނީކަމަށް ވެސް ބުނެވެއެވެ. 

ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ ފަސްދާނު ލެވިފައިވަނީ ތ.ގުރައިދޫގައެވެ. މިރަދުންގެ މަހާނަފުޅު ކައިރީގައި އިތުރު ދެތިން މަހާނައެއް ވެއެވެ. ބުނެވޭގޮތުގައި އެމަހާނަ ތަކަކީ އެރަދުންގެ ހަނދޭގިރި ގެ މަހާނައާއި، ބައެއް ވަޒީރުންގެ މަހާނަ ތަކެވެ. މިހެންވުމުން ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ އަރުވާލެވުނީ ތ.ގުރައިދޫ އަށް ކަމަށް ގަބޫލު ކުރެވެއެވެ. 

ބުނެވޭގޮތުގައި ނިޞްފު ހަނދޭގިރިންނާއި (ޔޫސުފް)، އަދި އޭނާގެ ދަރިކަލުން މުޙައްމަދު މަނިކު (ދަންނަ މުޙައްމަދު ރަސްގެފާނު) ވެސް ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ އާއެކު ތ. ގުރައިދޫ އަށް އަރުވާލެވުނެވެ. މިދެބަފައިންނަކީ ވެސް ހިލާލީ ދަރިކޮޅު ގެ މީހުންނެވެ. އެދަރިކޮޅުގެ ޢައްބާސް ކިޔާ މީހެއްގެ ޔޫސުފް އާއި އޭނާގެ ދަރިކަލުން މުޙައްމަދު އެވެ. 




#Article 201: ސުލްޠާން އިބްރާހީމް (129 words)


  އަކީ ދެފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ރަސްކަލެކެވެ. އެގޮތުން ސުލްޠާން އިބްރާހީމް ފުރަތަމަ ރަސްކަންކުރެއްވީ މީލާދީން 1397 ން 1398 އަށެވެ. އެއީ ހިޖުރައިން 800 ވަނަ އަހަރުގައެވެ. ފުރަތަމަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 800 ވަނަ އަހަރުއެވެ.

ސުލްޠާން އިބްރާހީމް ފުރަތަމަ ފަހަރު ރަސްކަމަށް އިސްވުމަށްފަހު، ރަސްކަން ކުރައްވާތާ 4 މަސްވީތަނާ އޭނާގެ ބޮޑު ބޭބެ ސުލްޠާން ޙުސައިން މީނާގެ އަތްޕުޅުން ރަސްކަން ދަމައިގަންނަވައިފި އެވެ. މިކަން ހިނގީ ހިޖުރައިން 800 ވަނަ އަހަރު ގައެވެ. 

ސުލްޠާން އިބްރާހީމް ދެވަނަ ފަހަރު ރަސްކަންކުރެއްވީ މީލާދީން 1411 ން 1420 އަށެވެ. އެއީ ހިޖުރައިން 814 އިން 822 ވަނަ އަހަރަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 814 ވަނަ އަހަރުއެވެ. އެފަހަރު 8 އަހަރާއި، 9 މަސްދުވަސް ވަންދެން ރަސްކަން ކުރެއްވި އެވެ. އެހެން ކަމުން ޖުމްލަ އެކު 9 އަހަރާއި 1 މަސް ދުވަހުގެ މުއްދަތަށް ރާއްޖޭގެ ރަސްކަން މިރަދުން ކުރެއްވި އެވެ. 

އައްސުލްޠާން އިބްރާހީމް ސިރީ ދަންމަރު ވީރު މަހާރަދުންނަކީ އައްސުލްޠާން ޙަސަން(ސުލްޠާން ޙަސަން އަލްހިލާލީ)ގެ ދަރިކަލެކެވެ. އައްސުލްޠާން އިބްރާހީމް އަވަހާރަވީ ހިޖުރައިން 822 ވަނަ އަހަރު ގައެވެ. 




#Article 202: ސުލްޠާން މުޙައްމަދު (100 words)


އަކީ މީލާދީން 1420 ން 1421 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 823 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 823 ވަނަ އަހަރުއެވެ. މިރަދުންނަށް ދަންނަ މުޙައްމަދު ކިޔައި އުޅެއެވެ. ދިވެހި ތާރީޚްގައި މިރަދުން މަޝްހޫރުވެފައިވަނީ ދަންނަ މުޙައްމަދު ރަސްގެފާނު ގެ ނަމުންނެވެ. 

އައްސުލްޠާން މުޙައްމަދު ސިރީ ރާދަ ބަވަނަ މަހާރަދުންނަކީ ހުޅުލޭ ޢައްބާސްގެ ދަރިކަލުން ޔޫސުފް ހަނދޭގިރީންގެ ބޭފުޅެކެވެ. މިރަދުންނަކީ ފިޤުހުވެރި މާތް ދަންނަ ބޭކަލެކެވެ. މާލޭގައި ކުރިން ހުރި މަޝްހޫރު ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް ބިނާކުރެއްވީ މިރަދުންނެވެ. އަދި ކަނބާފާނު ގަނޑުވަރު ބިނާކުރެއްވީ ވެސް މިރަދުން ކަމުގައި ބުނެވެއެވެ. މިރަދުން ޝަހީދުވުމަށްފަހު މިސްކިތުގެ ކައިރީގައި ފަސްދާނުލެވި ޒިޔާރަތް ކުރެވުނެވެ. މިރަދުން ރަސްކަން ކުރައްވާތާ 11 މަސްވީ ފަހުން ސުލްޠާން ޔޫސުފު (ދެވަނަ) ، ރަސްކަން އަތުލައިގެންނެވީ އެވެ. މިކަން ހިނގީ ހިޖުރައިން 823 ވަނަ އަހަރު އެވެ. 




#Article 203: ސުލްޠާން ޙާޖީ ޙަސަން (245 words)


 ސުލްޠާން ޙާޖީ ޙަސަން އަކީ ދެފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ރަސްކަލެކެވެ. 

ސުލްޠާން ޙާޖީ ޙަސަން ފުރަތަމަ ފަހަރު ރަސްކަން ކުރެއްވީ މީލާދީން 1442 ން 1467 އަށެވެ. އެއީ ހިޖުރައިން 846 ން 871 އަށެވެ. މިރަދުން ފުރަތަމަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 846 ވަނަ އަހަރުއެވެ. ފުރަތަމަ ފަހަރު 25 އަހަރު ވަންދެން ރަސްކަން ކުރެއްވި އެވެ. 

ސުލްޠާން ޙާޖީ ޙަސަން ދެވަނަ ފަހަރު ރަސްކަން ކުރެއްވީ މީލާދީން 1467 ން 1468 އަށެވެ. އެއީ ހިޖުރައިން 872 ވަނަ އަހަރުއެވެ. މިރަދުން ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 872 ވަނަ އަހަރުއެވެ. ދެވަނަ ފަހަރު ރަސްކަން ކުރެއްވީ އަހަރު ދުވަސް ވަންދެނެވެ. އެހެންކަމުން ޖުމްލަ 26 އަހަރު ދިވެހި ރާއްޖޭގެ ރަސްކަން މިރަދުން ކުރައްވާފައި ވެއެވެ. 

އައްސުލްޠާން އަލްޙާއްޖި ޙަސަން ސިރީ ރާދަވީރު މަހާ ރަދުންނަކީ އަބޫބަކުރު ރަސްގެފާނު (ސުލްޠާން އަބޫބަކުރު (އެއްވަނަ)) ގެ ދަރިކަލެކެވެ. ދަންނަ މުޙައްމަދު ރަސްގެފާނު (ސުލްޠާން މުޙައްމަދު)ގެ ރަސްކަމުގައި މިރަދުން ފަނޑިޔާރު ކަމުގައި ހުންނެވިކަމަށް ބުނެވެއެވެ. މިއީ ވަރަށް އަނިޔާވެރި ރަސްކަލެއް ކަމަށް ބުނެވެއެވެ. މައްކާގެ މަޝްހޫރު ފަޤީހު ސުލައިމާން ވެސް ރާއްޖޭގައި އުޅުއްވީ ވެސް މިރަދުންގެ ރަސްކަމުގައެވެ. 

އައްސުލްޠާން އަލްޙާއްޖި ޙަސަން (ތިންވަނަ) ޙައްޖުން އެބުރި ވަޑައިގަތީ 70 އަޅުން ގޮވައިގެންނެވެ. މިއަޅުން އޭނާ ގެންގުޅުއްވާން ފެއްޓެވީ ދިވެހި ޚާދިމުންގެ ބަދަލުގައި އޭނާގެ ގަނޑުވަރު ގައެވެ. ދުވަސްކޮޅެއްވީތަނާ މީގެ ތެރެއިން އަޅަކު ދިވެހި ރައްޔިތަކު މަރާލައިފި އެވެ. އެއިރު ފަނޑިޔާރު ކަމުގައި ހުންނެވި، އަލްޤާޟީ ޙަސަން ޝީރާޒީ ބާރުއެޅުއްވީ އެއަޅުކަލޭގެޔާމެދު އިންޞާފު ކުރެއްވުމުގެ މައްޗަށެވެ. ނަމަވެސް ރަދުން އެގޮތް ގަބޫލުފުޅެއް ނުކުރެއްވި އެވެ. ރަދުންނާއި ފަނޑިޔާރު ކަލޭގެޔާއި ދެމެދު ވަރަށް މަތީ ދަރަޖައަކަށް ދެބަސްވެވިއްޖެ އެވެ. ބުނެވެނީ މިދެބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ރަދުންގެ އަމުރުފުޅަށް ފަނޑިޔާރު ކަލޭގެ ފާނުންގެ ހަށިގަނޑުގައި ކަފަ ބަދެފައި ރޯކޮށްލީ އެވެ. މިކަމާމެދު ފަޤީހް ސުލައިމާން ވެސް ރަދުންނަށް ވަރަށް ނަޞޭޙަތްތެރިވިކަމަށް ބުނެވެއެވެ. 

ގިނަ ދުވަސްތަކެއް ނުވެ، އިންޞާފުވަންތަ ކަލެއްގެ އަދުލުވެރި، މަންޒަރެއް ތަމްސީލުވެގެން ހިގައްޖެއެވެ. ވަރަށް ބިރުވެރި ނާމާން އާލާސް ކަންފުޅަކަށްފަހު ރަދުން އަވަހާރަ ވެއްޖެއެވެ. މިރަދުން ފަސްދާނު ލެވިފައިވަނީ ލޮނު ޒިޔާރަތް ކޮޅުގައި އޮންނަ ގާސަންދޯކު ގައެވެ. 

އައްސުލްޠާން އަލްޙާއްޖި ޙަސަން އަވަހާރަވީ ހިޖުރައިން 872 ވަނަ އަހަރު އެވެ. 




#Article 204: ސުލްޠާން ޙަސަން (ހަތަރުވަނަ) (113 words)


 އަކީ ދެފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ރަސްކަލެކެވެ. 
ސުލްޠާން ޙަސަން (ހަތަރުވަނަ) ފުރަތަމަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1480 ން 1481 އަށެވެ. ފުރަތަމަ ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 885 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 1 މަސް ދުވަހުގެ މުއްދަތަށެވެ. 

އައްސުލްޠާން ޙަސަން (ހަތަރުވަނަ) ސިރީ ރާދަ ލޯކަ މަހާ ރަދުންނަކީ އައްސުލްޠާން މުޙައްމަދު އަލްހިލާލީ ގެ ދަރިކަލެކެވެ. މިރަދުން ރަސްކަން ކުރައްވާތާ މަސް ދުވަސްވީތަނާ ސުލްޠާން ޔޫސުފު (ދެވަނަ) ގެ ދަރިކަލުން ޢުމަރު (ސުލްޠާން ޢުމަރު (ދެވަނަ)) މީނާ އަތްޕުޅުން ރަސްކަން އަތުލައި ގަންނަވައިފި އެވެ. 

ސުލްޠާން ޙަސަން (ހަތަރުވަނަ) ދެވަނަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1486 ން 1490 އަށެވެ. އެއީ ހިޖުރައިން 891 ން 895 އަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 891 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 4 އަހަރު ދުވަހުގެ މުއްދަތަށެވެ. މިރަދުން އަވަހާރަވީ ހިޖުރައިން 895 ވަނަ އަހަރުގައެވެ. 




#Article 205: ސުލްޠާން ކަޅު މުޙައްމަދު (474 words)


 އަކީ 3 ފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ބޭފުޅެކެވެ. ސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާ ރަދުންނަކީ ޢުމަރު ރަސްގެފާނު ނުވަތަ ސުލްޠާން ޢުމަރު (ދެވަނަ) ގެ ދަރިކަލެކެވެ.

ސުލްޠާން ކަޅު މުޙައްމަދު ފުރަތަމަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1491 ން 1492 އަށެވެ. އެއީ ހިޖުރައިން 897 ވަނަ އަހަރު އެވެ. ފުރަތަމަ ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 897 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 9 މަސް ދުވަހުގެ މުއްދަތަށެވެ. ފުރަތަމަ ފަހަރު ރަސްކަން ކުރައްވާތާ 9 މަސް ދުވަސް ވީތަނާ މިރަދުންގެ ކޮއްކޯފުޅު ސުލްޠާން ޔޫސުފު (ތިންވަނަ) ރަސްކަމަށް ވެރިވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 897 ވަނަ އަހަރު ގައެވެ. 

ސުލްޠާން ކަޅު މުޙައްމަދު  ދެވަނަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1495 ން 1510 އަށެވެ. އެއީ ހިޖުރައިން 900 ން 915 އަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 900 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ. ދެވަނަ ފަހަރު ރަސްކަން ކުރައްވާތާ 15 އަހަރުވީތަނާ މީނާއަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅު ޙަސަން ރަސްގެފާނު ނުވަތަ ސުލްޠާން ޙަސަން (ހަތްވަނަ) ރަސްކަމަށް ވެރިވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 915 ވަނަ އަހަރުގައެވެ.

ސުލްޠާން ކަޅު މުޙައްމަދު  ތިންވަނަ ފަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1513 ން 1529 އަށެވެ. އެއީ ހިޖުރައިން 918 ން 935 އަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 918 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 17 އަހަރު ދުވަހުގެ މުއްދަތަށެވެ. 

ސުލްޠާން ކަޅު މުޙައްމަދު  3 ފަހަރުގެ މަތީން 32 އަހަރާއި 9 މަސް ދުވަހު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި އެވެ. ކަޅު މުޙައްމަދު ރަސްގެފާނު އަކީ މަކަރުވެރި އަނިޔާވެރި ރަސްކަލެކެވެ. ބަޔާންކުރެވުނު ދިގު މުއްދަތުގައި މިރަދުން ރަސްކަންކުރެއްވީ ދަގަނޑު އަތްޕުޅަކުން ނެވެ.

ސުލްޠާން ކަޅު މުޙައްމަދު ގެ ރަސްކަމުގެ ދެވަނަ ދައުރުގައި 8 ޖުލައި 1497 ގައި ޕޯޗުގީޒުން އިންޑިޔާ ކަނޑު ފަތަހަ ކުރުމަށާއި، އިންޑިޔާގެ އައްސޭރިއަށް ވެރިވުމަށް ވަސްކޮޑި ގަމާ ފޮނުވައި، އޭނާ އިންޑިޔާ އައެވެ. ހަމަ މިރަދުންގެ ރަސްކަމުގެ ދެވަނަ ދައުރުގައި މީލާދީން 1501 ގައި ޕޯޗުގީޒުންގެ ސަރުކާރުގެ އިސް އޮފިސަރެއް ކަމުގައިވާ ދުވާޓޭ ބަރަބޯސާ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރި އެވެ. 

ސުލްޠާން ކަޅު މުޙައްމަދު  ގެ ދެވަނަ ދައުރުގައި މީލާދީން 1502 ގައި ޕޯޗުގީޒުންގެ ހަނގުރާމަ މަތީ އުޅަނދެއްގެ ވެރިޔަކަށް ހުންނެވި، ވިންސެންޓް ސޮޑްރޭ ރާއްޖޭގެ ވިޔާފަރި އޮޑިތަކެއް އަތުލައިގެން އޭގައި ހުރި ވިޔަފާރި މުދާތައް ފޭރުނެވެ. 

ސުލްޠާން ކަޅު މުޙައްމަދު  ރަސްކަމުގެ ދެވަނަ ދައުރުގައި މީލާދީން 1505 ގައި ޕޯޗުގީޒުންގެ 4 އުޅަނދުގައި 300 ސިފައިން ގޮވައިގެން ޑޮންލޮރެންސޯޑި އަލްމޭޑާ ދިވެހިރާއްޖެ ހިފުމަށް ގޯވާއިން ފުރައިގެން ދަތުރުކުރިއެވެ. މިދަތުރުގައި މޫސުމް ގޯސްވެ، ކަނޑުގެ އޮއިބާރު ކަމުން ޕޯޗުގީޒުންގެ އުޅަނދުތައް ބެހިގެން ދިޔައީ ސްރީލަންކާގެ ގާލީ އަށެވެ. އެއަށްފަހު އެތަނުގައި ޕޯޗުގީޒުންގެ ބާރު ހިގަން ފެށިއެވެ. 

ސުލްޠާން ކަޅު މުޙައްމަދު  ރަސްކަމުގެ ތިންވަނަ ދައުރުގައި ޕޯޗުގީޒުންގެ އިސް އޮފިސަރެއް ކަމަށްވާ ޑޮމް ޕިޔަރެސް ޕޯޗުގީޒު ސަރުކާރަށް ދިވެހިރާއްޖޭގެ މުހިއްމުކަން ރިޕޯޓަކުން ހުށަހެޅިއެވެ. ހަމަ މިދުވަސްވަރުގެ ތެރޭގައި މީލާދީން 1517 ވަނަ އަހަރު ޕޯޗުގީޒު ސަރުކާރުގެ ސަފީރެއްގެ ގޮތުގައި ރާއްޖޭގައި ހުރި ޖޯޑޯ ސިލްވީރާ ބަންގާޅު ރަސްގެފާނު އައްސުލްޠާން އަލާޢުއްދީނު ޙުސައިން ޝާހު ގެ އަރިހަށް ބަދަލު ކުރެވުނެވެ. ހަމަ އެއަހަރު ޕޯޗުގީޒު މީހެއް ކަމުގައިވާ ޖެރޯނީ ނިސް ޑިސޯސާ ރާއްޖޭގެ ރަށްތަކަށް އަރައި ފޭރުމުގެ ޢަމަލުތަކެއް ހިންގިއެވެ. ހަމަ އެއަހަރު ޖުވާޑިޔޯ ނުވާ ރާއްޖެ އައެވެ. 

ސުލްޠާން ކަޅު މުޙައްމަދު  ރަސްގެފާނުގެ ތިންވަނަ ދައުރުގައި މީލާދީން 1518 ވަނަ އަހަރު ޖުވާގޯ މެސްޗިރާ ޑިން ހިރޯ ޕޯޗުގީޒުންގެ ފަރާތުން ދިވެހިރާއްޖެ އައިސް ކިއްލާ އަކާއި ވިޔަފާރި މަރުކަޒެއް ހަދަން މަސައްކަތް ކުރިއެވެ. ކަޅު މުޙައްމަދު ރަސްގެފާނު އާއި މީނާއާއި ދެމެދު ދެބަސްވުން ތަކެއް ހިނގައި، މަލާބާރު ރަސްގެފާނު ( ޢަލީ ރާޖާ ) ގެ އެހީތެރިކަމަށް އެދުމުން، އެރަސްގެފާނު އުޅަނދެއްގައި 12 ފަހުލަވާނުން ފޮނުއްވިއެވެ. އެބައިމީހުން އައިސް މާލޭގައި ތިބި ޕޯޗުގީޒުން މަރައި އެބައިމީހުންގެ މުދާތައް ފޭރުމަށްފަހު އެބުރި ރަށަށް ދިޔައީ އެވެ.

ސުލްޠާން ކަޅު މުޙައްމަދު  އަވަހާރަވީ ހިޖުރައިން 935 ވަނަ އަހަރުގައެވެ. މިރަދުން އަވަހާރަވިއިރު ރާއްޖޭގެ ފަނޑިޔާރު ކަމުގައި ހުންނެވީ އިސްމާޢީލް ފާމުލަދޭރި އެވެ. މިކަލޭގެފާނަށްފަހު ރާއްޖޭގެ ފަނޑިޔާރު ކަމަށް އިސްވީ މަޝްހޫރު ދޮންކޮރަލި ތަކުރު އެވެ. 




#Article 206: ސުލްޠާން ޢަލީ (ފަސްވަނަ) (370 words)


 ސުލްޠާން ޢަލީ (ފަސްވަނަ) އަކީ މީލާދީން 1512 ން 1513 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 918 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 918 ވަނަ އަހަރުއެވެ.

އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ އާނަންދަ މަހާރަދުންނަކީ ހދ. ނެއްލައިދޫ ހިއްރާ މާވާ ކިލެގެގެ ދަރިކަލުންނެވެ. މިރަދުންގެ ބައްޕާފުޅެއް ދިވެހި ތާރީޚުން އެނގޭކަން ނެތެވެ. އައްސުލްޠާން ޢަލީ (ފަސްވަނަ) ނުވަތަ ފަސްވަނަ ޢަލީ ރަސްގެފާނު އަކީ ދިވެހި ތާރީޚްގައި މަޝްހޫރު ދޮންބުޅާ ފާށަނާ އެވެ. މިރަދުންގެ ނަސަބު ނުވަތަ އުފެދުނު އަސްލާމެދު ތަފާތު ބުނުންތައް ވެއެވެ. ރާދަ ވަޅިގައި ބަޔާން ކުރެވިފައިވަނީ މި ޢަލީ ރަސްގެ އަކީ މުޙައްމަދު ފާށަނާ ކަލޯއާއި، ނެއްލައިދޫ ބުޅާ މާވާ ކިލެގެގެ ބޭފުޅެއް ކަމަށެވެ.

ދޫދޫމަތިން ވާރުތަވަމުން އައި ބުނުންތަކުގައި ބަޔާންވެފައިވަނީ އެރަދުންނަކީ އެއްވަނަ އަބޫބަކުރު ރަސްގެފާނުސުލްޠާން އަބޫބަކުރު (އެއްވަނަ)ގެ ދަރިކަނބަލުން ރެއްކާ ކަމަނާ މާވަޑި ކޮޔާއަކާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅެއްކަމަށެވެ. 

ސުލްޠާން ޢަލީ (ފަސްވަނަ) 9 މަސްދުވަސް ވަންދެން ރަސްކަން ކުރެއްވިތަނާ ކަންނަންނޫރު ޢަލީ ރާޖާގެ އެހީތެރިކަމާއެކު ކަޅު މުޙައްމަދު ރަސްގެފާނު ނުވަތަ ސުލްޠާން ކަޅު މުޙައްމަދު ރަސްކަމަށް ވެރިވެވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 918 ވަނަ އަހަރު އެވެ. 

އައްސުލްޠާން ޢަލީ (ފަސްވަނަ) ގެ ދައިތާ ފުޅަކީ ބުރަކި ރަނިން އެވެ. މިބުރަކި ރަނިންގެ ވާހަކައިގައި އޮންނަ ގޮތުން  އައްސުލްޠާން ޢަހުމަދު ޝަރީފް އަލްމައްކީ ސުލްޠާން އަޙްމަދު ޝަރީފު އަލްމައްކީ، އަވަހާރަވުމުން މިބުރަކި ރަނީން ދިވެހި ރަސްކަމުގެ ތަޚްތަށް ދަޢުވާ ކުރަން ފެއްޓެވިއެވެ. ނަމަވެސް ރަސްކަމުގެ ތަޚްތަށް އިސްކުރެވުނީ އޭނާގެ ހަގު ކޮއްކޯފުޅު  ދޮންބުޅާ ފާށަނާ އެވެ. އެއީ ފަސްވަނަ ޢަލީ ރަސްގެފާނު ގެ ނަންފުޅުގައެވެ. 

ބުރަކި ރަނިން އަދި ދޮންބުޅާ ފާށަނާގެ ބޮޑު ދައިތަ ، އެއްވަނަ އަބޫބަކުރު ރަސްގެފާނު ގެ ކޮއްކޯފުޅަކީ ރަށްދެބައިމަގު ކަޅު މުޙައްމަދު މަނިކުފާނުންގެ މަންމަ އެވެ. ބުރަކި ރަނިންގެ ވާހަކަ ކުރިއަށްދާއިރު، ބުރަކި ރަނިން އާއި، ކަޅު މުޙައްމަދު މަނިކުފާނު ހިތްޕުޅާ ވެދެއެވެ. ކަޅު މުޙައްމަދުގެ މަންމަ މިކައިވެންޏާ ނުގަބޫލުވެ، ކަޅު މުޙައްމަދު ހުވަދު އަތޮޅަށް އަރުވާލައްވައެވެ. 

މިކަމުގެ ސަބަބުންނާއި، ސިޔާސީ ސަބަބުތަކަށްޓަކައި ރަދުންގެ ދައިތާފުޅު ގދ.ވާދޫ އަށް ވަޑައިގަތުމުގެ އަމުރުފުޅު ރަދުން ދެއްވައިފިއެވެ. މިކަމަނާގެ އަރިހުގައި ގެންދަވަނީ އާއިލާގެ މުސްކުޅި ޚާދިމެއްގެ ގޮތުގައި ހިމެނޭ ގާފަރު ކަޅު އުބުށޭމު އެވެ. 

ހުވަދު އަތޮޅަށް ވަޑައިގަތުމުގެ ބަދަލުގައި ބުރަކި ރަނީން މިކަޅު އުބުށޭމު ގޮވައިގެން އަސޭއަށް ވަޑައިގަތެވެ. އެއަށްފަހު ގޯވާއަށް ވަޑައިގަތެވެ. ގޯވާގައި ހުންނަ ޕޯޗުގީޒްގެ ވައިސްރޯ އަށް ދިވެހިރާއްޖޭގެ އާމްދަނީތަކެއް ދެއްވުމަށް ވަޢުދުވެ ވަޑައިގަތުމަށްފަހު، ޕޯޗުގީޒުންގެ ގުރާބެއްގައި ބުރަކި ރަނިން ކަޅުއުބުށޭމު ގޮވައިގެން ވަޑައިގަންނަވަނީ މާލެ ހިއްޕަވާށެވެ. 

ބުނެވޭގޮތުގައި ފަސްވަނަ އަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަންނަވަނީ މިބުނި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރެއްވުމަށް ގަނޑުވަރުން ނިކުމެވަޑައިގެންނެވުމުންނެވެ. އަވަހާރަވި ކަމުގައި ބުނެވެނީ ރަދުންގެ ކަޑިކޮޅު ހިފާ ހުޅުދެލީ ދޮން ޔޫސުފް ފަހަތްޕުޅުގައި ހުރެފައި ކުރި ގޯނާއެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މިހުޅުދެލީ ދޮން ޔޫސުފް އަކީ ކަޅު އުބުށޭމު ގެ ދޮން ބައްޕަ އެވެ. 

ޕޯޗުގީޒުންގެ އެހީތެރިކަމާއެކު ބުރަކި ރަނިން ރަސްކަން ހިއްޕަވައި، އެއަށްފަހު ވާދުވަށް އޮޑިއެއް ފޮނުވައި، ކަޅު މުޙައްމަދު ގެންނަވައި، އޭނާއާއި ކައިވެނި ބައްލަވައި ގަންނަވަނީ އެވެ. ދެން ކަޅު މުޙައްމަދު ރަސްގެފާނު ރާއްޖޭގެ ތަޚްތަށް 3 ވަނަ ފަހަރަށް އިސްވަނީ އެވެ. 

ސުލްޠާން ކަޅު މުޙައްމަދު އާއި ބުރަކި ރަނިން ގެ ދަރިކަބަލަކީ ދިވެހި ތާރީޚްގައި މަޝްހޫރު ޢާއިޝާ ކަނބާ އެވެ. މަޝްހޫރު ޢަލީ ރަސްގެފާނުގެ (ސުލްޠާން ޢަލީ ހަވަނަ ) އަބިކަނބަލުންނެވެ. އެއަށްފަހު ޕޯޗުގީޒުންގެ މަޝްހޫރު ވިޔަޒޯރުގެ އަނބިކަނބަލުންނެވެ. 
 




#Article 207: ސުލްޠާން ޙަސަން (ނުވަވަނަ) (277 words)


 ސުލްޠާން ޙަސަން (ނުވަވަނަ) އަކީ މީލާދީން 1550 ން 1552 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 957 ން 959 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 957 ވަނަ އަހަރުއެވެ.

ސުލްޠާން ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުންނަކީ ސުލްޠާން ކަޅު މުޙައްމަދު ނުވަތަ ކަޅު މުޙައްމަދު ރަސްގެފާނުންގެ ޢުމަރު މާފަތް ކިލެގެގެ ދަރިކަލެކެވެ. 

ރާއްޖޭގެ ތަޚްތުގައި ރަސްކަން ކުރައްވާތާ 2 އަހަރާއި 5 މަސް ދުވަސް ވުމަށްފަހު އޭނާ އިސްލާމްދީން ދޫކުރެއްވުމަށް ގަސްތުކުރައްވައި އެކަން ފާޅުކުރައްވައިފި އެވެ. އޭގެ ފަހުން ހިޖުރައިން 959 ވަނަ އަހަރު ދިވެހިރާއްޖެ ދޫކުރައްވައި ކޮއްޗޭ އަށް ވަޑައިގެންފިއެވެ. އަދި އެތަނަށް ވަޑައިގަތްތާ ގިނަ ދުވަސްތަކެއް ނުވެ،ޢީސާއީ ދީނަށް ވަދެވަޑައިގެންފި އެވެ. ކޮއްޗޭގައި 2 އަހަރު ހުންނެވުމަށްފަހު، ގޯވާއަށް ވަޑައިގެން ޢީސާއީ ދީނުގެ މާތް މަތިކޮޅެއްގެ އަންހެނަކާއި ކައިވެނި ބައްލަވައިގެންފި އެވެ. 

ޕޯޗުގީޒުންގެ މެދުގައި ސުލްޠާން ޙަސަން (ނުވަވަނަ) މަޝްހޫރުވެފައިވަނީ ދިވެހިރާއްޖޭގެ ޢީސާއީ ރަސްގެފާނު މިނަމުންނެވެ. ދިވެހިރާއްޖެއާއި ބެހޭގޮތުން ޕިރާޑް ލިޔުއްވާފައިވާ ފޮތުގައި މިރަދުންގެ ވަރަށް ގިނަ ވާހަކަތައް ލިޔެފައި ވެއެވެ. ޕިރާޑް ލިޔުއްވާފައިވާ ގޮތުން ސުލްޠާން ޙަސަން (ނުވަވަނަ) ޢީސާއީ ދީނަށް ވެއްދެވީ ކޮއްޗޭގައި ހުންނެވި، އެދީނުގެ މަޝްހޫރު ފާދިރީ، ސެންޓް ފްރެއިންޝިސް، ސޭވިޔަރ އެވެ. އެއީ 14 ޖެނުއަރީ 1552މ ގައެވެ. 

ސުލްޠާން ޙަސަން (ނުވަވަނަ) ގިނިކަންޏާ ޢީސާއީ ދީނަށް ވަދެވަޑައިގެން ހިތްޕުޅެއް ހަމައެއް ނުޖެހުނެވެ. އޭނާ ބޭނުންވީ ދިވެހިރާއްޖޭގެ އެންމެ ވެސް ޢީސާއީ ދީނަށް ވެއްދުމަށެވެ. ސަބަބަކީ އެގޮތުން ވެސް ދިވެހިރާއްޖޭގެ ރަސްކަން އަނެއްކާވެސް އަތުލެއްވުމަށް ހިތްޕުޅުގައި އުފެދިފައިވާ ވަރުގަދަ އެދުމެވެ. އަދި އެގޮތުން ޕޯޗުގީޒުންގެ ގުރާބެއް ސުލްޠާން ޙަސަން (ނުވަވަނަ) ދިވެހިރާއްޖެއަށް ފޮނުއްވެވިއެވެ. އެގުރާބުގެ ވެރީންނަށް އަންގަވާފައި އޮތީ ރާއްޖޭގެ ވަޒީރުންނާއި ކުރިއަށް ތިއްބެވި މީހުން ހައްޔަރުކޮށްގެން ކޮއްޗޭއަށް ގެނައުމަށެވެ. ނަމަވެސް އެގުރާބު ފޮނުވައިގެން އެއްވެސް ކާމިޔާބީއެއް ނުލިބުނެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އިބްރާހީމް ފާށަނާ ކިލެގެ ދަރިކަލުން އަބޫބަކުރު އާއި، އަލްވަޒީރު ޢަބުދުއް ރަޙުމާން ގެ ޢަލީ އާއި، ދެކަލުންގެ ވެރިކަމުގެ ދަށުގައި ޕޯޗުގީޒުންނާއި ދިމާކޮށް، އެމީހުންގެ ގުރާބު ދިވެހިން އަތުލައިގަތުމާއެކު، އެގުރާބުގައިވާ އެންމެން ހިފައި ހައްޔަރުކޮށް، ނުވަތަ މަރާލުމެވެ. 

ސުލްޠާން ޙަސަން (ނުވަވަނަ) ޕޯޗުގީޒުން ރާއްޖެ ފޮނުވައިގެން ލިބުނު ނާކާމިޔާބީ އަކުން ވެސް ފިލާވަޅެއް ނުލިބުނެވެ. ޕޯޗުގީޒުން ދެވަނަ ފަހަރަށް ގުރާބެއްގައި ދިވެހިރާއްޖެއަށް ފޮނުއްވައިފި އެވެ. އެފަހަރުވެސް ނަޞްރު ލިބުނީ ދިވެހިންނަށެވެ. ޕޯޗުގީޒުންގެ ގުރާބު ދިވެހިން އަތުލައި އޭގައިވާ އެންމެން މަރާ ހުސްކޮށްފިއެވެ. 

ސުލްޠާން ޙަސަން (ނުވަވަނަ) ދިވެހިރާއްޖެ ދޫކުރެއްވިތާ 2 އަހަރެއްހައި ދުވަސް ވަންދެން ދިވެހިރާއްޖޭގެ ތަޚްތު ހުރީ ހުސްވެފައެވެ. އެދުވަސްވަރު ތަކުގެ ތެރޭގައި ދައުލަތުގެ ކަންތައްތައް ހިންގުމުގެ އިންތިޒާމެއް ނެތެވެ. 




#Article 208: ސުލްޠާން އަބޫބަކުރު (ދެވަނަ) (126 words)


 އަކީ މީލާދީން 1554 ން 1554 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 962 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 962 ވަނަ އަހަރުއެވެ.

އައްސުލްޠާން އަބޫބަކުރު (ދެވަނަ) ސިރީ އަސާލީސް ލޯކަ މަހާރަދުންނަކީ އިބްރާހީމް ފާށަނާ ކިލެގެގެ ސަންފާ ދިޔޯއާއި ކައިވެނި ބައްލަވައިގެން، ލިބިވަޑައިގަތް ދަރިކަލެކެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 962 ވަނަ އަހަރުއެވެ. އެއީ ސުލްޠާން ޙަސަން (ނުވަވަނަ) ރަސްކަން ދޫކޮށްލެވިތާ 4 އަހަރު ފަހުންނެވެ. 

ސުލްޠާން ޙަސަން (ނުވަވަނަ) ރަސްކަން ދޫކޮށްލެއްވުމަށްފަހު ފާއިތުވި 4 އަހަރު ވެގެންގޮސްފައިވަނީ ދައުލަތުގެ ކަންތައްތަކުގައި އެއްވެސް އިންތިޒާމެއް ނެތް އަހަރުތަކެއްގެ ގޮތުގައެވެ. ސުލްޠާން އަބޫބަކުރު (ދެވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ދައުލަތުގެ ކަންތައްތައް ހިންގުމަށް އިންތިޒާމެއް ގެނެވޭތޯ މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ނުނިމިއުޅުއްވަނިކޮށް ފިތުނަވެރި ބައެއްގެ ރޭވުމުން އޭނާގެ ހަށިކޮޅާއި ފުރާނަ ވަކިކޮށްލައިފި އެވެ. ބުނެވެނީ މިދެންނެވި ބަޔަކާއި ހަނގުރާމަކުރައްވަނިކޮށް ސުލްޠާން އަބޫބަކުރު (ދެވަނަ) ޝަހީދުވެ ވަޑައިގެންނެވީ ކަމުގައެވެ. 

ސުލްޠާން އަބޫބަކުރު (ދެވަނަ) ޝަހީދުވެ ވަޑައިގަތީ ހިޖުރައިން 962 ވަނަ އަހަރު އެވެ. ރަސްކަންކުރެއްވީ 4 މަސް ދުވަހުގެ މުއްދަތަށެވެ. ފަސްދާނު ލެވިފައިވަނީ ބޮޑުގަލު މިސްކިތްތެރޭގައެވެ.  




#Article 209: ސުލްޠާން ޢަލީ (ހަވަނަ) (1065 words)


 އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ. 

އަލީ ރަސްގެފާނު ގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. ބައްޕާފުޅަކީ އަލްވަޒީރު ޢަބުދުއް ރަޙްމާން އެވެ. މަންމާފުޅަކީ އ.އ. ފެރިދޫ ސިއްތި ކަނބައިދި ކިލެގެއެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިން މިރަދުންގެ ނަންފުޅަކީ ޢަލީ ރަންނަ ބަޑޭރި ކިލެގެފާނު އެވެ. ރާދަވަޅީގައި މިރަދުންގެ ކޮލި ނަންފުޅު ލިޔެފައިވާ ގޮތް ކުޑަކޮށް ތަފާތެވެ. އެއީ ސިރީ އައުދަ ސިޔާކަ ތަންތުރަ މަހާރަދުން މިފަދަ އިންނެވެ.

ޢަލީ ރަސްގެފާނު ކައިވެނި ބައްލަވައި ގެންނެވި ބޭފުޅުންގެ ތެރެއިން ނަން އެނގޭ ބޭފުޅަކީ ހިލާލީ ދަރިކޮޅުން ވަޑައިގެންނެވި ސުލްޠާން ކަޅު މުޙައްމަދު ނުވަތަ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނާއި ބުރެކި ރަނިންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނު ނުވަތަ ކަނބާ ޢާއިޝާ އެވެ. ޢަލީ ރަސްގެފާނުގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާ ފާނު، އަދި ކުޑަކަލާފާނު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ސިއްތި މާވާ ރަނިކިލެގެފާނުގެ މަންމާ ފުޅަކީ ކަނބާ ޢާއިޝާ އެވެ. ކުޑަކަމަނާ ފާނު، އަދި ކުޑަކަލާފާނުގެ މަންމާފުޅަކީ އެހެން ބޭފުޅެކެވެ. މިބޭފުޅުންގެ ތެރެއިން ސިއްތި މާވާ ރަނިކިލެގެފާނު ކައިވެނި ބައްލަވައިގަތީ ބޮޑު ތަކުރުފާނު އާއެވެ. ކުޑަކަމަނާފާނު ކައިވެނިފުޅު ކުރެއްވީ ބޮޑު ތަކުރުފާނުގެ ކޮއްކޯފުޅު ޙަސަން ތަކުރުފާނު އާއެވެ. 1602މ ވަނަ އަހަރު ޕިރާޑް ޑި ލަވާލް ރާއްޖެ ދުރުވިއިރު ޢަލީ ރަސްގެފާނުގެ ދަރިކަލަކު ހުންނެވިކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. އެއީ ކުޑަ ކަލާފާނު ކަމަށް ލަފާކުރެވެއެވެ.

އަލީ ރަސްގެފާނު ރަސްކަން ކުރައްވާތާ 2 މަހާ 15 ދުވަސްވީތަނާ 'ޕޯޗުގީޒުން ދިވެހިރާއްޖެއާއި ދިމާކޮށްލި އެވެ. ވަރަށްގިނަ ނައުތަކެއްގެ މައްޗަށް އެކުލެވިގެންއައި މިލަޝްކަރުގެ ވެރިޔަކަށްހުރީ އަނދިރިއަނދިރިން ކިޔާ އޮފިސަރެކެވެ. ބައެއް ލިޔުން ތަކުގައި މިލަޝްކަރުގެ ވެރިއަކަށްހުރީ ކެޕްޓަން މެނުއަލް ޑަސިލްވޭރާ ޑިއަރައުރޯ ކަމަށް ލިޔެފައި ވެއެވެ. ބުނެވޭގޮތުގައި މިއީ ދިވެހިރާއްޖެއާއި ހަމަލާދިން ޕޯޗުގީޒުންގެ 3 ވަނަ އަދި އެންމެ ބޮޑު ލަޝްކަރު ވެސްމެއެވެ. 

މާލެއާއި ދެކޮޅަށް އައި ޕޯޗުގީޒުން މާލޭގެ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑު ބަޑިން ޙަމަލާދޭން ފެށުމުން މާލޭން ވެސް ރައްދު ޖަވާބު ދިނެވެ. އަދި ދުޝްމަނުން މާލެ އެރުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ. ހަނގުރާމައިގެ ދުވަސްތައް ދިގުވަމުން ދިޔަވަރަކަށް ދުޝްމަނުންގެ ފޯރިކުޑަވެ، އެމީހުން އަތުގައި ހުރި ކާބޯ ތަކެއްޗާއި، ބަޑިބޭހާއި އުންޑަ މަދުވި އެވެ. އަދި ހަމަ މިގޮތަށް ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ދެކޮޅުވެރިކަމާ ހަމަނުޖެހުން އުފެދެމުން ދިޔައެވެ. އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓައި އަމާންދޭށެވެ. އަނެއް ބަޔަކަށް ފެނުނީ ހަނގުރާމަ ކުރުމަށެވެ.' 

އެދުވަސްވަރު މާލޭގައި ހަމަނުޖެހުން ގިނަވެފައި ވެއެވެ. ގައުމީ ރޫޙްވަނީ ކުޑަވެފައެވެ. މިނުރައްކާތެރި ދަނޑިވަޅުގައި މާލޭގެ ދިފާޢުގެ މުހިއްމު ތަނެއް ކަމުގައިވާ ބޮޑު ބުރުޒުގެ ވެރިޔަކަށްހުރި ބ.އަތޮޅު އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދުރުވެ ކީރިތި މަހާރަދުންނަށް ދެންނެވި ކަމަށްވަނީ ދުޝްމިނުންޖެހި ކޮންމެ އުއްޑައަކަށް ބޮޑު ކޯއްޓޭ ބުރުޒުން އޭނާ އުއްޑައެއް ޖަހާނެކަމަށެވެ. އަދުއްވުންގެ އުއްޑައަކުންޖެހި ޚުދު އޭނާ މަރުވެއްޖެކަން ދެން ތިބި 4 މީހުން އައިސް ރަދުންގެ އަރިހުގައި އެވާހަކަ ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ. ބަޣާވާތްކުރަން ތައްޔާރަށް ތިބި ބަޔަކު އައިސް ރަދުންގެ އަރިހުގައި ދެންނެވިކަމަށްވަނީ ރަދުންގެ އަމުރުފުޅެއްނެތި ބޮޑު ކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަނެގިކަމަށެވެ. ދެން ދުޝްމަނުންގެ ބަޑީގެ އަޑާއެކު ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަގު އުތުރުކޮޅަށް ޕޯޗުގީޒުން ފޭބި ޚަބަރެވެ. ( މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމަކުން ނެގިފައި ) 

ފަތިސްވީއިރު އެމީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަގު އުތުރު ފަރާތު އަތިރިއަށް ޕޯޗުގީޒުން ފައިބައިފި އެވެ. ޢަލީ ރަސްގެފާނު އެމީހުންނާއި ހަނގުރާމައަށް ލަޝްކަރީންނާއިގެން ނިކުމެވަޑައިގެންނެވި އެވެ. ދެކޮޅުވެރި ޕޯޗުގީޒުންނާއި ހަނގުރާމަކުރެއްވުމަށް ކުރިމަތިލެއްވި ދިވެހި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ހަމަ ސީދާ އަލި ރަސްގެފާނު އެވެ. ދިވެހިންގެ ލަޝްކަރު ތުނިވަމުންގޮސް 3 މީހުންނަށް ވީއިރުވެސް އަލި ރަސްގެފާނުގެ ހިތްވަރު ފުޅަކަށް ބަދަލެއް ނުގެންނަވައެވެ. ރަސްގެފާނު ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވައިފައި ވަޑައިގެން ޢީދު މިސްކިތާއި ހަމައަށް ވަޑައިގެންފައި އެބުރި ވަޑައިގަތް ފަހަތް ބެލިއިރު ބޮޑުވަޒީރާ، ޚާދިމުންކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިގައްޖެއެވެ. ދެން ޢަލީ ރަސްގެފާނު އެދެމީހުންނާއިގެން ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން މީގެ ތިން ބޭފުޅުން ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ހިތްވަރާއި އެކު އެމީހުންނާއި ޙަމަލާ ދެއްވި އެވެ. 

ޕޯޗުގީޒުންގެ ލަޝްކަރުން ބަޑި ޖަހަން ފެށިއެވެ. މިޖެހި ބަޑީގެ އުންޑަތަކުން ރަސްގެފާނާއި، ރަސްގެފާނުގެ އަރިހުގައި ތިބި އަނެއް ދެކަލުންވެސް ޝަހީދު ވެއްޖެއެވެ. މިބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް  ފެނިގެން އެތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީ އެވެ. އަދި ފަސްދާނު ލުމަށްފަހު އެތައް ވަށައިގެން ގައުޖައްސައި ފާރެއް ފަދައިން ގަދައަށް ހެދީއެވެ. ބުނެވޭގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މާލޭގައި ހިތި ދުވަސް ފާހަގަކޮށް އުޅުނުއިރު އާދަކާދައިގެ ގޮތުން މާފަންނު ބޮޑު ހިތީގައި އެދުވަސްވަރަކު ހުންނެވި ރަސްކަލަކު ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގަންނަވައެވެ. 

ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗުގީޒުންގެ މީހުން މާލޭގެ މައްޗަށް ވެރިވެ، އެބައިމީހުންގެ މަރުކަޒު މާލޭގެ އުތުރު ފަރާތުން މާފަންނުގައި ގާއިމުކޮށްފި އެވެ. މިތަނަށް އެޒަމާނުގައި ދާންއޮންނަ މަގަށް ދާދި ފަހަކާ ޖެހެންދެން ދިވެހިން ނަންދީފައިވަނީ އަނދިރި އަނދިރިން މަގު ގެ ނަމުންނެވެ. ރާއްޖޭގެ އެކިއެކި ތަންތަނަށް ޕޯޗުގީޒުން އެމީހުންގެ އިސްމީހުން ފޮނުއްވި އެވެ.

ޕޯޗުގީޒުންގެ ދުވަސްވަރަކީ ދިވެހިން ދުށް ވަރަށް ބިރުވެރި ނާމާން ދުވަސްވަރެކެވެ. ދިވެހިންގެ ވަރަށް ގިނަ ބަޔަކު މަރައި އިސްލާމުންގެ ލެއިން ކަނޑުތައް ރަތްވެގެން ދިޔަ ދުވަސްވަރެކެވެ. މިގޮތުގެ މަތީން 15 އަހަރު ދުވަސް ވޭތުވެ ދިޔައެވެ.

ޕޯޗުގީޒުން ދިވެހިރާއްޖެ ހިފަން އަންނަން މެދުވެރިވި ސަބަބަކީ ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު، ދިވެހިރާއްޖޭގެ ކޮއިލުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި، އިންޑިޔާގައި ތިބި ޕޯޗުގީޒުންގެ މީހުންގެ ގާތަށް ވަޑައިގެން ނަޞާރާ ދީނަށް ވެދެވަޑައިގަންނަވައި، އޭގެ ފަހުން އަނެއްކާ ވެސް ރާއްޖޭގެ ތަޚްތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކުރެއްވުމެވެ. މިރަދުން އިންޑިޔާގެ ކޮއްޗޭއަށާއި، ގޯވާއަށް ވަޑައިގެން ފުރަތަމަ ކުރެއްވި ކަމަކީ މާލޭގައި ތިބި ވަޒީރުންނާއި އަދިވެސް ކުރިއަށް ތިބި މީހުންނަށް ނަޞާރާ ދީނަށް ވެއްދުމަށްޓަކައި އެބައިމީހުން ބަލާ ނަވެއް ފޮނުއްވުމެވެ. މިނައު މާލެއައުމުން މާލޭގައި ކުރިއަށް ތިބި އެންމެން މަޝްވަރާކުރުމަށްފަހު އެރަސްގެފާނަށް އެންގީ ދީން ބަދަލުނުކުރާނޭ ކަމަށާއި، އަދި އެރަސްގެފާނުގެ އަރިހަށް ނުދާނޭ ކަމަށެވެ. ދެން އެނަވުގައި އައި މީހުންނާއި ދިވެހިން ހަނގުރާމަކޮށް އެމީހުންގެ ހަތިޔާރާއި މުދާ ދިވެހިން އަތުލީ އެވެ. މިހަނގުރާމަ ކުރެއްވީ ޢަލީ ރަސްގެފާނާއި، އަބޫބަކުރު ރަސްގެފާނާއި، ދެބޭފުޅުންނާއި އެދެބޭފުޅުންނަށް ތަބާވީ މީހުންނެވެ. މިކަންތައް ހިނގީ މިދެބޭފުޅުން ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިންނެވެ. 

މިހާދިސާއަށް ފަހު އަނެއްކާވެސް ޕޯޗުގީޒުންގެ ނައުތަކެއް މާލޭގެ ބަނދަރަށް ޙަސަން ރަސްގެފާނު ފޮނުއްވި އެވެ. ދިވެހިން މިބައިމީހުން ވެސް ބަލިކޮށް އެމީހުންގެ ހުރިހާ ތަކެތި އަތުލި އެވެ. ޕޯޗުގީޒުންނަށް ދިވެހި ރާއްޖެ ހިފުނީ އެމީހުން ހަނގުރާމައަށް އައި 3 ވަނަ ފަހަރު އެވެ. މިފަހަރު ޕޯޗުގީޒުން އައީ ކުރީގެ ލަޝްކަރަށްވުރެ ވަރުގަދަ ލަޝްކަރަކާއި، ކުރިއަށްވުރެ މޮޅު އާރުކާޓީން ގޮވައިގެންނެވެ. އާދެ! މިފަހަރު އެމީހުންނަށް ކާމިޔާބު ލިބުނީ އެވެ. 

ދިވެހިރާއްޖޭގައި މަޝްހޫރު ބޮޑުތަކުރުފާނު ވާހަކައިގައި ޕޯޗުގީޒުންގެ ވެރިއަކަށްހުރި މީހާއަށް ނިސްބަތްކުރާ ނަމަކީ އަނދިރި އަނދިރިން ނެވެ. މީނާއާ ބެހޭގޮތުން ރިވާވެގެން އައިސްފައިވާ ވާހަކައެއް އޮވެއެވެ. ބުނެވޭގޮތުގައި އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގައި ޕޯޗުގީޒު ނަވެއް ހުވަދު އަތޮޅަށް ދިޔައެވެ. މިނަވުގެ ވެރިއަކަށްހުރީ ގޯވާގައި ހުންނަ ވައިސްރޯއީ އާ ތިމާގެ މީހެކެވެ. މީނާއާ އެކުގައި މީނާގެ އަންހެނުންވެސް ވިއެވެ. މިނައު ހިފުމަށް ގާފަރު ކަޅު އުނބުށޭމު ފާށަނާ ތަކުރުފާނު ރަދުން ފޮނުއްވި އެވެ. 

މިތަކުރުފާނު ގޮސް ހަނގުރާމަކޮށް ނަވުގެ ކައްޕިތާނާއި ފަޅުވެރިން ގަތުލުކުރީ އެވެ. ނަމަވެސް ނައުގެ ވެރިޔާގެ އަންހެނުން  ގަތުލެއް ނުކުރެއެވެ. މިއަންހެންމީހާގެ ފުރާނަ ސަލާމަތް ކުރިއެވެ. މިކަމަނާގެ ނަމަކީ ޚާންޒީ ކަމަނާ އެވެ. މިކަން ހިނގިއިރު މިޚާންޒީ ކަމަނާ އިނީ ބަލިވެއެވެ. މިކަމަނާއަށް ލިބުނު ޕޯޗުގީޒު ދަރިފުޅު ބޮޑުކުރީ އިސްލާމެއްގެ ގޮތުގައެވެ. މީނާއަށް ކިޔުނީ މުޙައްމަދު އެވެ. މިއީ ފަހުން ކެޕްޓަން އަނދިރި އަނދިރިން ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. ގާފަރު ކަޅު އުނބުށޭމު ޚާންޒީ ކަމަނާއާއި އިނދެގެން ފިރިހެން ކުއްޖަކުވެސް ލިބުނެވެ. އެކުއްޖަކީ މަތުއްކަލާ އެވެ. އިސްވެ ދެންނެވި މުޙައްމަދު އޭނާގެ ކޮއްކޮ މަރާލުމަށްފަހު ގޯވާއަށް ގޮސް ހިޖުރައިން 965 ވަނަ އަހަރު ޕޯޗުގީޒު ފްލީޓެއް ގޮވައިގެން މާލެ އައިސް މާލެ ހިފީއެވެ. 

ޢަލީ ރަސްގެފާނުގެ ޒިޔާރަތަކީ ޢަލީ ރަސްގެފާނު އާއެކު ޕޯޗުގީޒުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެންމެ ފަހުވަގުތާއި ޖެހެންދެން ހަނގުރާމަކޮށް ޝަހީދުވި 3 ބޭފުޅުން ފަސްދާނު ލެވުނު ތަނެވެ. ބުނެވޭގޮތުގައި އެބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް  ފެނިގެން އެތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީ އެވެ. އަދި ފަސްދާނު ލުމަށްފަހު އެތައް ވަށައިގެން ގައުޖައްސައި ފާރެއް ފަދައިން ގަދައަށް ހެދީއެވެ. ބުނެވޭގޮތުގައި އޭރު ކަނޑުގެ ލޮނުގަނޑު ފާރުގެ ވަށައިގެން ހިނގަހިނގާ އޮވެއެވެ. މާލޭގައި ހިތި ދުވަސް ފާހަގަކޮށް އުޅުނުއިރު އާދަކާދައިގެ ގޮތުން މާފަންނު ބޮޑު ހިތީގައި އެދުވަސްވަރަކު ހުންނެވި ރަސްކަލަކު ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ވަޑައިގަންނަވައެވެ.އަލި ރަސްގެފާނު ފަސްދާނުލެވުނުކަމަށް ބުނެވެނީ އޭނާ އަވަހާރަވެގެން ވެއްޓި ވަޑައިގަތްތާގައެވެ. އާދެ މިހާރުގެ މަޝްހޫރު އަލި ރަސްގެފާނު ޒިޔާރަތް އެހެރަތާގައެވެ. މާފަންނުގައި ޢަލީ ރަސްގެފާނުގެ ޒިޔާރަތް ހުރި މަގަށް ދީފައިވާ ނަމަކީ ޝަހީދު އަލީ ހިނގުން އެވެ.  

މާލޭގެ ހެންވޭރު ކޮޅުގައި ބިނާކުރައްވާފައިވާ ޝަހީދު ޢަލީ މިސްކިތަކީ ޢަލީ ރަސްގެފާނުގެ ހަދާނުގައި ބިނާކުރައްވާފައިވާ ތަނެކެވެ. މިމިސްކިތްވަނީ ތަފާތު ފަހަރުތަކުގެ މަތީން ސަރުކާރުން މަރާމާތުކުރައްވައި ބޮޑުކުރައްވާފައެވެ. އެންމެ ފަހުން ބޮޑުކުރެއްވި އިރު މިމިސްކިތްވަނީ ދެބުރިއަށް އުސްކުރައްވައިފައެވެ.

 
ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ހިޖުރީގޮތުން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. ބައެއް ލިޔުންތަކުގައި ވަނީ އެއީ 18 މެއި 1658 ކަމުގައެވެ. ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޢަލީ ރަސްގެފާނު އެދުވަހު ޝަހީދުވެ ވަޑައިގަތުމާއި ގުޅިގެންނެވެ. ޢަލީ ރަސްގެފާނަކީ ވަޠަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެކެވެ. މާތް ރަސްކަލާނގެ އެރަދުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވާށި! އާމިން.




#Article 210: ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު (554 words)


 ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަކީ މީލާދީން 1873 ން 1885 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައި1081 ން 1093 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 1081 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލުވެސް މެއެވެ.

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ.އިހަވަންދޫ އާމިނާ ދިޔޯ އެވެ. އުފަންވެ ވަޑައިގަތީ ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގެ 3 ވަނަ ދައުރުގެ ތެރޭގައެވެ. 

ބޮޑު ތަކުރުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ ބައްޕާފުޅު އުތީމު ޙުސައިން ޚަޠީބު ތަކުރުފާނު އާއި، ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުންނެވެ. މީގެ އިތުރުން ބޭދަޅީން އެކިއެކި ހުނަރާއި ތަޖުރިބާތައް ހޯއްދެވިއެވެ. 

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް އަކީ ދީލަތިކަމާއި އަދުލުވެރިކަމާ އެކީގައި ރަސްކަން ހިންގަވަމުން ގެންދެވި ރަސްކަލެކެވެ. ނިކަމެތީންގެ ޙާލު ބެއްލެވި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ރަސްކަލެކެވެ. 

ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ. 

ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާސްތު ކުރެއްވުމެވެ. މިގޮތަށް ކަންތައްތައް ހަމަޖެއްސުވުމުގައި އެންމެ އިސް ބައިވެރިއެއް ކަމުގައި ބޮޑު ތަކުރުފާނު ހަމަޖެއްސެވީ އޭނާގެ އަޚް ޙަސަން ޚަޠީބު ތަކުރުފާނު އެވެ. މިއީ ފަހުން ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އެވެ. 

ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވާ ގޮތުން ބޮޑު ތަކުރުފާނު ގެ ރަސްކަމުގައި ބޮޑު ވަޒީރަކު ކަމުގައި ހަމަޖެއްސެވީ ކަޅުއޮށްފުންމީގެ މަޝްހޫރު ޢަލީ ޙާޖީ އެވެ. އެއީ ދޮށިމޭނާ ކަމަށް ކޮލިލެއްވުމަށްފަހު ގައެވެ. ޙަސަން ޙާޖީ އަށް ކޮލިލެއްވީ ވެލާނާ ކަމަށެވެ. 

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހަނގުބޭކަލުން އުފައްދަވާ އެމީހުންނަށް ވަކި ގަވާއިދަކުން އެއްޗެތި ދެއްވާން ފެއްޓެވީ ބޮޑު ތަކުރުފާނު އެވެ. އެއީ މަހަކު ދެފަހަރު ބަނޑުހަނޑޫ ދެއްވުމާއި، އަހަރަކު ތިންފަހަރު ފޭލި ދެއްވުމެވެ. 

ދިވެހި ދައުލަތް ހަމަޖެއްސުމަށްޓަކައި ބޮޑު ތަކުރުފާނު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރަސްކަމުގެ ގަނޑުވަރު ބިނާކުރެއްވުމާއި، އާދަކާދަތައް އުފެއްދެވުން ހިމެނެއެވެ. ބޮޑު ތަކުރުފާނު އަށް ހަމަޖައްސަން އެންމެ ދަތިފުޅުވި ކަމަކީ އިސްލާމްދީން ގެ މައްސަލަ ތަކެވެ. އެހެނީ އެތަކުރުފާނު ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ޢިލްމުވެރިއެއް ރާއްޖޭގައި އަމުދުން ނެތެވެ. އެތަކެއް އަހަރެއް ކުރީގައި ދިވެހިރާއްޖޭގައި އުޅުއްވި އަލްފަޤީޙް ސުލައިމާން އަލްމަދަނީ ބިން މުޙައްމަދު ބިން ޢީސާ އައްތިރިއްލީ އަލްޔަމަނީ ނިޔާވުމަށްފަހު ދިވެހިރާއްޖެ އައީ ދީނީ ޢިލްމުގެ ކުލަ ފަނޑުވަމުންނެވެ. އޭރު މިދެންނެވި ޢާލިމުގެ ދަރިވަރުންތައް ވެސް ވަނީ މަރުވެގެން ގޮސްފައެވެ. ޢިލްމުގެ ނޫރުތައް  މުޅީން ނެތި ގޮސްފައެވެ. 

ނަމަވެސް މިމައްސަލަ ހަމަޖެއްސުމަށްޓަކައި ނަޞީބު ބޮޑު ތަކުރުފާނު އާއި އެހީތެރިވެދިނެވެ. އެހެނީ ވަރަށް މަތިވެރި ދަރަޖައަކަށް ޢިލްމު އުގެނިގެން ހުންނެވި ދިވެހިރާއްޖޭގެ ދަންނަ ބޭކަލަކު އެދަނޑިވަޅުގައި މާލެ އަތުވެއްޖެއެވެ. އެބޭކަލަކީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އެވެ. ދިވެހި ތާރީޚްގައި މަޝްހޫރު ވާދޫ ދަންނަ ކަލޭގެފާނު އެވެ. 

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު އަކީ ޝަރުޢީ ޢިލްމު އުނގެންނެވުމުގެ މަގްޞަދުގައި ހިލާލީ ދަރިކޮޅުގެ މުޙައްމަދު ރަސްގެފާނުންގެ ދަރިކަލުން ޙަސަން ރަސްގެފާނުންގެ ރަސްކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވި ދިވެހި ދަރިއެކެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލް ކުރެއްވީ ޔަމަނުކަރައިގެ ޙަޟްރަމޫތުގެ އެދުރު އެދުރު ބޭކަލުންގެ އަރިހުންނެވެ. 

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އަށް ބޮޑު ތަކުރުފާނު ދެއްވީ ވަރަށް ހޫނު ތަރުހީބެކެވެ. މާލޭގައި ރަދުންގެ އަރިހުގައި  އިސްލާމްދީންގެ ކަންތައްތައް ހިންގަވައިދެއްވުމަށް ހުންނެވުމަށް އެދިލެއްވި އެވެ. ނަމަވެސް އެކަލޭގެ ފާނަކީ ވަރަށްވެސް ތަޤްވާވެރި ވަރަޢަވެރި ބޭކަލެކެވެ. އެހެންކަމުން އޭނާ އެދިލެއްވީ އެކަހެށިން ފުށި ރަށެއްގައި ހުރުމުގެ އަމުރުފުޅު ދެއްވުމަށެވެ. ރަސްގެފާނުގެ އަމުރުފުޅާއެކު އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ދުރުވެ ވަޒަންވެރިވެ ލެއްވީ ހުވަދޫ އަތޮޅު ވާދޫ ގައެވެ. އެރަށުގެ ވެރިއަކަށް ހުންނެވި މުޙައްމަދު ފަޑިއްތަކުރުގެ އެހީތެރިކަމާއެކު އެކަލޭގެފާނު ހުންނަވާނޭ ގެއެއް އަޅުއްވައި ވަރަށް އަވަހަށް ދީނީ ޢިލްމު ކިޔަވައިދޭން ފައްޓަވައިފި އެވެ. އެންމެ ފުރަތަމަ ކިޔަވާދޭން ފެއްޓެވީ މުޙައްމަދު ފަޑިއްތަކުރުގެ ދަރިކަލުން ޢަލީ ނާއިބު ތަކުރުފާނު އަށެވެ. 

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ކިޔަވައިދެއްވަން ފެއްޓެވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެތަން މިތަނުން ޠާލިބުން އައިސް، އޭނާގެ އަރިހުން ޢިލްމު އުނގެނޭން ފަށައިފިއެވެ. މިގޮތުގެ މަތީން ކިޔަވައި ދެއްވާތާ އެތަކެއް އަހަރެއް ވޭތިވުމަށްފަހު، ވާދޫ ދަންނަ ކަލޭގެފާނު ނުވަތަ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނިޔާވެއްޖެއެވެ. 

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ގެ ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު މީހުންނީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު އާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު އާއި، ދެކަލުންނެވެ. 

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު ، އަވަހާރަވީ 1 ރަމަޟާން 993 ހ ގައެވެ.އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައެވެ.




#Article 211: ސުލްޠާން އިބްރާހީމް (ތިންވަނަ) (554 words)


 ނުވަތަ ސުލްޠާން އިބްރާހީމް (ތިންވަނަ) އަކީ މީލާދީން 1585 ން 1609 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 993 ން 1017 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 993 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ކަލާފާނުގެ ނަމުންނެވެ. 

ނަންފުޅު: އައްސުލްޠާން އިބްރާހީމް (ތިންވަނަ) / (ކަލާފާނު)
ކޮލި ނަންފުޅު: ސިރީސުއްދަ ސުވަރުދަ ލޯކަ މަހާރަދުން 
ތާރީޚްގައި މަޝްހޫރު ވެފައިވަނީ : ކަލާފާނު ރަސްގެފާނު
ބައްޕާފުޅު: އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑު ތަކުރުފާނު
މަންމާފުޅު: ބާރަށު ފާތިމާ ދިޔޯ
ރަސްކަންކުރެއްވީ: 993ހ - 1017ހ ( 1585 – 1609 ) 

ކަލާފާނު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް 3 ވަނަ ސިރީސުއްދަ ސުވަރުދަ ލޯކަ މަހާރަދުންނެވެ. ބައްޕާފުޅަކީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑު ތަކުރުފާނު އެވެ. މަންމާ ފުޅަކީ ބާރަށު ފާތިމާ ދިޔޯ އެވެ. ތާރީޚްގައި މަޝްހޫރު ބޯށިވަލު ބުޅާ ފާތިމާ ރެހެންދި އެވެ. 

ކަލާފާނު އަކީ ވިސްނުންތެރިކަމާ ބުއްދީގެ ޙިކްމަތާއެކު ސީދާ ސިޔާސަތެއް ގެންގުޅުއްވި އަދުލުވެރި ރަސްކަލެކެވެ. ޢިލްމު ފެތުރުމަށް މަސައްކަތް ކުރައްވައި، ދީނީ ޢިލްމް އުގެނުމަށް މީސްތަކުންނަށް އަމުރުކުރެއްވި ރަސްކަލެކެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވަނީ މިރަދުންނަކީ  ހައިބަވަންތަވެރި، ބުއްދިވެރި، ޢަދުލުވެރި، ޢިލްމުވެރި ބޭފުޅެއްކަމަށެވެ. ދަންނަ ބޭކަލުންނަށް ލޯބިކުރައްވާ، ޢިލްމު އުނގެނުމަށް އަމުރުކުރައްވާ، ޢިލްމުވެރީންނަށް ވާގިދެއްވާ، ގިނަގިނަ ކަންކަމުގައި އެމީހުންނާ މުޝާވަރާ ކުރައްވާ ރަސްކަލެއް ކަމަށެވެ. ރައްޔިތުންގެ ތަދުމަޑު ހާލު ބައްލަވައި، ޢަދުލަށް ރަސްކަންކުރެއްވި ރަސްކަލެއް ކަމަށެވެ. 

ކަލާފާނުގެ ރަސްކަމުގައި މާލެދިޔަ ފަރަންސޭސީ ޕިރާޑް ކަލާފާނާއި ބެހޭގޮތުން ލިޔެފައިވަނީ މުޅިން އެހެން ވާހަކަތަކެވެ. ޕިރާޑްގެ ނަޒަރުގައި ކަލާފާނު އަކީ އަޚްލާގު ނުބައި، އަނިޔާވެރި ރަސްކަލެކެވެ. ކަލާފާނުގެ އަނބިންނާމެދު ވަރަށް އިހާނެތިކޮށް، ގޯސްކޮށް ކަންތައްކުރެއްވި ކަމަށް ވެއެވެ. އޭނާ ކައިވެނި ބައްލަވައިގަތް މީހުންގެ ތެރޭގައި ޢާއިޝާ ބިބީ ކަމަނާ، މީދޫ ކަނބާ، ނާޞިރާ ކަމަނާ ފަދަ ބޭބޭފުޅުން ހިމެނެއެވެ. މީގެ ތެރެއިން މީދޫ ކަނބާ އަކީ ބޮޑު ތަކުރުފާނު ކައިވެނި ބައްލަވައިގެންނެވި ބޭކަނބަލެކެވެ. އެހެންކަމުން މީދޫ ކަނބާއަކީ ކަލާފާނުގެ ދޮންމަންމަ އެކެވެ. 

ޕިރާޑްގެ ވާހަކަ ތެދުކަމުގައިވާނަމަ، ކަލާފާނުގެ ރަސްކަމުގައި މުޅިރާއްޖެއަށް ޚާއްޞަކޮށް ފުރަމާލެއަށް ޢާންމުވަމުން ދިޔައީ ވަރަށް ވެސް ދޯދިޔާ ބަދު އަޚްލާޤީ ޙަޔާތެކެވެ. މާލޭގައި މުނިފޫހި ފިލުވުމަށް ކުޅެމުން ގެންދިޔައީ ދީނާއި ދުނިޔޭގެ ހަމަތަކާއި މުޅިން ދިމާ އިދިކޮޅު ކުޅިވަރު ތަކެވެ. 

ކަލާފާނަކީ މާއްދީ ގޮތުންނާއި، އަދަބީގޮތުން ރަސްކަމުގެ ހައިބަތު ކުރިއެރުއްވި ބޭފުޅެކެވެ. ރަދުންގެ ކިތައްމެ އަރިސް ބޭފުޅަކު ނަމަވެސް ކުށެއް ކޮށްފިނަމަ ފަނޑިޔާރު ގޭގައި ޝަރީޢަތް ހިންގެވި އެވެ. 

ބޭހުގެ ގޮތުންނާއި ބޭސްވެރިކަމުގެގޮތުން ފަގީރުންނަށް އެހީވެދޭ ފަންޑުގެ ޚިދުމަތް ފުރަތަމަ ފެށިގެން އައީ ވެސް ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު ކަމުގައި ބުނެވެއެވެ. އަދި ފަގީރަކު މަރުވެއްޖެނަމަ އެމީހަކު ވަޅުލުމުގެ ހުރިހާކަމެއް ގަނޑުވަރުން ބަޔަކު ފޮނުއްވައިގެން ކުރެއްވި އެވެ. 

އަމިއްލަ ފުދުންތެރިކަން ކުރިއަށް ނެރުއްވުމަށް ކަލާފާނު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ކަލާފާނު އާއި ބައްދަލުކުރުމަށް ގަނޑުވަރަށް އަންނަ ކޮންމެ މީހަކުވެސް ދިވެހި ރާއްޖޭގައި ވިޔެފައިވާ ހެދުމެއް އަޅައިގެން އަންނަން ޖެހޭގޮތަށް އޮތުމެވެ. 

ޙަސަން ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން ކަލާފާނުގެ ރަސްކަމުގައި ހޮޅިންގެ ބަޔަކު ރާއްޖެއާއި ދެކޮޅުވެރި ގޮތުގައި އައެވެ. މިބުނި ހޮޅިން އަންނަ ވާހަކަ އަޑުއިވުމުން ރަދުން، ވަޒީރުންނާއި، އަމީރުންނާއި، ފަނޑިޔާރަކަށް ހުންނެވި މުޙައްމަދު ފަނޑިޔާރު ކަލޭގެފާނު އެއްކުރައްވައި ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވިއެވެ. ފަނޑިޔާރު މަނިކުފާނު ފަތުވާ ދެއްވީ ހަނގުރާމަ ކުޅައުމަށްވުރެ ފިލައިގެން ދިއުން މޮޅު ކަމުގައެވެ. އެހެންކަމުން ރަދުން ބައެއް ވަޒީރުން ގޮވައިގެން ގުރާބެއްގައި ރާއްޖޭގެ ދެކުނަށް ދަތުރުކުރަންވަން ފެއްޓެވިއެވެ. އެކަން އެގިގެން ދުޝްމިނުންގެ ގުރާބުތައް ރަދުންގެ ގުރާބުތަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ދެލަޝްކަރު ދިމާވީ އަރިއަތޮޅު ހަންޏާމީދޫ ކައިރިންނެވެ. ދެފަރާތުން ގަދަ ހަނގުރާމަ ފެށިއްޖެއެވެ. އެހިނދު ރަސްގެފާނު ގުރާބުގައި ތިބި މީސްތަކުން ކަނޑަށް ފުންމާލައިގެން ގޮސް ފަތާފައި ކައިރީގައި އޮތް ފަޅުރަށަކަށް އެރި އެވެ. ގަދަ ހިތްވަރުފުޅާއެކު ހަނގުރާމަ ކުރަމުން ގެންދިޔައީ ކަލާފާނު އާއި، އޭނާގެ އަރިހުގައި ހުރި ޖަމާލު ކަލޯއާއި ދެކަލުންނެވެ. އެންމެ ފަހުން ދެކަލުން ޝަހީދުވީއެވެ. 

ދުޝްމިނުން ގުރާބަށް އަރައި އޭގެހުރި ހަތިޔާރުތައް ނެގުމަށްފަހު ގުރާބު ދޫކޮށްލުމުން ގުރާބު ގޮސް ލައްވީ ހަންޏާމީދޫ އަށެވެ. ހަންޏާމީދު މީހުންނަށް އެދެކަލުން ޝަހީދުވެފައި ތިބިތަން ފެނުމުން ގެންގޮސް ހަންޏާމީދޫ މިސްކިތްދޮށުގައި ފަސްދާނު ލެއްވީ އެވެ. 

މަލާބާރީން އެބުރި މާލެގޮސް ރަސްކަމުގެ ކޯލުތެރޭގައި ހުރި މުދާތައް ފޭރި އެތާގައި ތިބި މީސްތަކުންނަށް އަނިޔާކޮށް ހެދިއެވެ. އަދި މަލާބާރީން ދަމުން ދިޔައީ ކަޅުތުއްކަލާ، (ފަހުންސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)) ގޮވައިގެންނެވެ. 

ކަލާފާނު ޝަހީދުކުޅައީ ނުވަތަ އަވަހާރަވީ 1017 ވަނަ އަހަރުގެ ޝައްވާލު މަހުގެ 28 ވީ ބުދަ ދުވަހު އެވެ. ފަސްދާނު ލެވިފައިވަނީ އދ. ހަންޏާމީދޫ ގައެވެ. ކަލާފާނުގެ މަހާނައިގައި ޒިޔާރަތެއް ހެދިފައިވެއެވެ. މިއީ ރާއްޖޭގެ ޒިޔާރަތްތަކުގެ ތެރެއިން މަޝްހޫރު ޒިޔާރަތެކެވެ. ކަލާފާނު ރަސްކަން ކުރެއްވީ 24 އަހަރާއި 2 މަސް ދުވަހު އެވެ. 

ކަލާފާނު އަވަހާރަވުމުން ފަސްދާނު ލެވުނު ތާގައި އދ. ހަންޏާމީދު ގައި ކަލާފާނުގެ ޒިޔާރަތް ހެދިފައި ވެއެވެ. މިއީ ރާއްޖޭގެ ޒިޔާރަތްތަކުގެ ތެރެއިން މަޝްހޫރު ޒިޔާރަތެކެވެ. މާލޭގައި ސަރުކާރުން ހައްދަވާފައިވާ ޕްރައިމަރީ ސުކޫލް ތަކުގެ ތެރެއިން ކަލާފާނު ސުކޫލް ނިސްބަތްވަނީ ވެސް ކަލާފާނު ރަސްގެފާނު އަށެވެ. އަދި ކަލާފާނު ސުކޫލްގެ އެއްފަރާތެއްގައިވާ ކަލާފާނު ހިނގުން ވެސް ނިސްބަތްވަނީ ކަލާފާނު ރަސްގެފާނު އަށެވެ. 




#Article 212: ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު (172 words)


 ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަކީ މީލާދީން 1609 ން 1620 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1017 ން 1029 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 1017 ވަނަ އަހަރު ގައެވެ. 

އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ގެ ބައްޕައަކީ ރ.އަތޮޅު މަޑުއްވަރީ އުމަރު އޮޅިގިނައި ކިލެގެއެވެ. މަންމައަކީ ބާރަށު ޚަޠީބު ތަކުރުފާނުގެ ދަރިކަނބަލެކެވެ.މިދެންނެވި އެދުރުތަކުރުފާނު އަކީ އައްސުލްޠާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ގެ ވަރަށް ތިމާގެ ބޭފުޅެކެވެ. އުތީމު ދަރިކޮޅާއި މިރަދުން ގުޅޭ ސަބަބަކީ މިއީއެވެ.  ޙުސައިން ފާމުލަދޭރި ކިލެގެފާނު ވެސް ކައިވެނި ބައްލަވައިގަތީ ކަލާފާނުގެ ހުވަފަތް އަނބިކަބަލުން ކަނބާ ޢާއިޝާ އާއެވެ. ނުވަތަ ރަސްކަމަށް އިސްވެ ވަޑައިގެން ފަހުން މީނާ ކައިވެނި ބައްލަވައިގަތީ ޣާޒީ ބަންޑާރައިން ކާވެނި ބައްލަވައިގެން އުޅުއްވި ކަބާ ޢާއިޝާ އެވެ. މިކަނބާ ޢާއިޝާ އަކީ ޅ.މާފިލާފުށީ ދޮން އައިސަ އެވެ. މިދެކަނބަލުންނަށް ދެފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ.

އުތީމު ދަރިކޮޅުގެ 3 ވަނަ ރަސްކަލަކީ އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ނުވަތަ ވެލަވަޅު ނައިކިލެގެފާނު އެވެ.ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނުގެ ޒަމާނުގައި ބޮޑުވަޒީރު އަކަށް ހުންނެވީ މި
ރަދުންނެވެ. ކަލާފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު އުތީމު ޙަސަން ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކަނބަލުން، ކަޅުކަމަނާފާނު ގެ ނަންމަތީގައި ރާއްޖޭގެ ރަސްކަމާއި ހަވާލުވެ ވަޑައިގެން ހުންނެވުމަށްފަހު އެކަމަނާ އަރިއަތޮޅު މަހިބަދޫގައި އަވަހާރަވުމުން އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ރާއްޖޭގެ ތަޚްތަށް އިސްވެވަޑައިގަތީ އެވެ.

މިރަދުން އަވަހާރަވީ ހިޖުރައިން 1029 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 15 ވަނަ ދުވަހު މާލެ އަތޮޅު ގުރައިދޫ ގައެވެ. ރަސްކަން ކުރެއްވީ 11 އަހަރާއި 4 މަސްދުވަސް ވަންދެނެވެ. 




#Article 213: ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) (481 words)


 އަކީ މީލާދީން 1620 ން 1648 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1029 ން 1058 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1029 ވަނަ އަހަރުއެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަކީ އުތީމު ޢަލީ ތަކުރުފާނުގެ މުނި ކާފަ ދަރިކަލެކެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނު ނުވަތަ ޢަލީ ޚަޠީބު ތަކުރުފާނުގެ މަރިޔަމް ކަނބައިދި ކިލެގެ އާއި ރ.ކިނޮޅަހު ޙަސަން ނާއިބު ކިލެގެއާއި ދެމީހުން ކައިވެނިކޮށްގެން ލިބުނު އާމިނާ ކަބާދި ކިލެގެގެ ދަރިކަލެކެވެ. ބައްޕާފުޅަކީ ތ. މަޑިފުށީ ޢުމަރު މާފަތް ކިލެގެއެވެ.

ސުލްޠާން އިބްރާހީމް (ތިންވަނަ) ޝަހީދުވުމަށްފަހު، މަލާބާރީންގެ ގެންދިޔަ ކަޅު ތުއްކަލާ އަކީ މިރަދުންނެވެ. މިރަދުން ކަންނަންނޫރުގައި ހުންނަވަނިކޮށް ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަވި ވާހަކަ އައްސަވައި، ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު ރަސްކަމަށް އިސްކުރެއްވުނީއެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާވެސް ކަނބާ ޢާއިޝާ އާއި ކައިވެނި ބައްލަވައިގެންފި އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގެންއިރު ރަސްކަމުގެ ކޯލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އޭނާގެ އެންމެ އިސްކަމެއް ކަމުގައި ހެއްދެވީ ހަލާކުވެފައިވާ ރަސްކަމުގެ ކޯލު އަލުން ބިނާކުރެއްވުމެވެ. ކޯލުގެ ވަށައިގެން ފާރުލައްވައި، ފާރުގެ ތަންތަންކޮޅު ބަޑިދޮރު ކަނޑުއްވައި ހެއްދެވި އެވެ. އަދި ފާރުގެ ބޭރުން ކަންޒުވެސް ކޮންނެވި އެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ 5 ވަނަ އަހަރު ޕޯޗުގީޒުންގެ ބަޔަކު ދިވެހިރާއްޖެއާއި ދިމާކޮށްލި އެވެ. އެބައިމީހުން މާލެއާއި ދިމާލަށް ދިޔައީ ހަތިޔާރުލައި ބަރާކޮށްފައިވާ ގުރާބުތަކެއްގައެވެ. ދުޝްމިނުންނާއި ދެކޮޅަށް ހަނގުރާމަ ފައްޓަވައިގަތުމުގެ ކުރީގައި ރަދުން ކަންތައްތައް ގެންދެވީ ވަރަށް ހަރުދަނާ ގޮތެއްގައެވެ. އެންމެ އިސްކަމެއްކަމުގައި ހެއްދެވީ އަމީރުންނާއި، ވަޒީރުންނާއި، ލަޝްކަރު އެއްކުރައްވައި، ހަނގުރާމައިގެ މައިދާނުގައި ފުރަގަސް ނުދިނުމަށް އެންމެން ލައްވައި ވަޢުދު ކުރެއްވުމެވެ. 

ޕޯޗުގީޒުންގެ މީހުން މާލެއާއި ދިމާކޮށްލި އިރު މާލޭގައި ޖުމުލަ އޮތީ ބޮޑު ބަޑީގެ 5 ބަޑި އެވެ. ދެން ދިވެހިންނާއި ޕޯޗުގީޒުންނާއި ދެމެދު ހަނގުރާމަ ފެށިއްޖެއެވެ. މިހަނގުރާމައިގައި ކާމިޔާބު ލިބުނީ ދިވެހިންނަށެވެ. ހަނގުރާމައިގައި ބަލިވެގެން ދަމުން ޕޯޗުގީޒުންގެ މީހުން ދިޔައީ ވިލިގިލީ މިސްކިތް އަންދާލައިފައެވެ. މިހަނގުރާމަ ހިނގީ ހިޖުރައިން 1034 ވަނަ އަހަރުގައެވެ. 

އެފަހަރު ލިބިވަޑައިގެންނެވި ތަޖުރިބާއިން އަޅުއްވާންވީ ފިޔަވަޅުތައް އެޅުއްވުމަށް ރަސްގެފާނު ލަސްވެ ވަޑައެއް ނުގަންނަވައެވެ. ރަސްކަމުގެ ކޯލާއި ގުޅިގެންވާ ހިސާބެއްގައި ބޮޑު ކޯއްޓޭއެއް ހައްދަވައި ބުރުޒު ހައްދަވައިފިއެވެ. މިބުރުޒުގައި ބަޑި ދޮރުތައް ކަނޑައި ހެއްދެވިއެވެ. ހަމަ އެގޮތަށް މާލޭގެ ކަންކޮޅުތަކުގައި ވެސް ބުރުޒު ހައްދަވައި އެބުރުޒުތަކުގައި ބަޑި ދޮރު ކަނޑައި ހެއްދެވިއެވެ. ކޮންމެ ދެބުރުޒެއްގެ ދޭތެރޭގައި ލެއްވީ ފާރެކެވެ. މިފާރުގައި ވެސް ވަނީ ބަޑި ދޮރު ކަނޑާފައެވެ. މިގޮތުގެ މަތިން ދުޝްމިނުންނަށް ރަށުތެރެއަށް ނޭރޭނެހެން ރަށް ރައްކާތެރި ކުރެއްވުމަށްފަހު ރަށުގެ ވަށައިގެން ތޮށިލައިފިއެވެ. މިތޮށީގެ ތަންތަންކޮޅު ވަނީ އޮޑިފަހަރު ނިކުމެވޭނެ ގޮތަށް ނެރު ކަނޑާފައެވެ. 

ރަސްކަން ކުރެއްވުމުގެ ވެރިރަށާއި އެކަށީގެންވާ ގޮތުގެ މަތީން މާލެ ހެއްދެވުމަށްފަހު، ރަދުންގެ ވިސްނުންފުޅު ފޯރުވާން ފެށީ އެހެނިހެން ދިމާދިމާއަށެވެ. ދިފާޢު ކުޅައުމުގެ އެހެނިހެން ރޮނގު ރޮނގަށެވެ. އެންމެ ފުރަތަމަ އިން ބޮޑު ބަޑި ބައްލަވައިގަތުމަށްޓަކައި، އަސޭކަރަ އަށް ނަވެއް ފޮނުއްވި އެވެ. އެއޮޑީގެ ނިޔައްމެއް ކަމުގައި ފޮނުއްވީ ކުބުރުދޫ ޢަލީ މާލިމީ އެވެ. މިއޮޑި އެނބުރި އައީ ރަތުލޯ ބަޑީގެ 14 ބަޑި ހިފައިގެންނެވެ. އެއަށްފަހު މާތް ރަސްކަލާންގެ ފަޟުލުވަންތަ ވެރިކަމުން އެކިފަހަރު މަތީން އުރުނު ކާފަރުންގެ ނައުތަކުން ވެސް ދިވެހިރާއްޖެއަށް ވަރަށް ގިނަ ބޮޑު ބަޑި ލިބުނެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ގެ ރަސްކަމުގައި އެއްފަހަރަށްވުރެ ގިނަފަހަރު ސާމިޔާ ކިލެގެ ރަސްކަން ހިއްޕެވުމަށް މަސައްކަތް ކުރެއްވިއެވެ. ސާމިޔާ ކިލެގެ އަކީ ކަނބާ ޢާއިޝާގެ އެއްބަނޑު އެއްބަފާ އަޚެކެވެ. މިނަންގަތް ސާމިޔާ ކިލެގެ އަކީ ދިވެހި ތާރީކްގައި މަޝްހޫރު މާފިލާފުށީ ރަސްގެފާނު އެވެ. އެތައް ފަހަރަކު ސާމިޔާ ކިލެގެ އަތުލައިގެންނެވުމަށްޓަކައި މާފިލާފުއްޓަށް ރަދުން ލަޝްކަރު ފޮނުވަން ޖެހިވަޑައިގަތެވެ. އެންމެ ފަހުން މާފިލާފުށީ ރަސްގެފާނު ފިލާވަޑައިގެން މަލިކަށް ވަޑައިގެންނެވީ އެވެ. މަލިކުގައި ހުންނަވަނިކޮށް މާލޭގެ ލަޝްކަރު ގޮސް އޭނާ ހައްޔަރުކޮށް ރިހި ހިލިހިލާ ޖަހައިގެން މާލެ ގެނައީ އެވެ. ސާމިޔާ ކިލެގެ އަވަހާރަވީ ފުވައްމުލަކަށް އަރުވާލާފައި ހުންނަވަނިކޮށެވެ. ސާމިޔާ ކިލެގެ އަވަހާރަވުމަށްފަހު މިރަދުންގެ ބާރު ކުރިއަށްވުރެ ވެސް ގަދަވެގެން ދިޔައެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަކީ ކީރިތި ބުއްދިވެރި ރަސްކަލެކެވެ. ޞުލްޙަ މަސަލަސްކަން ދިވެހިންގެ މެދުގައި ޢާންމު ކުރެއްވި ރަސްކަލެކެވެ. ދިވެހިރާއްޖޭގެ ޙާލު ނިކަމެތި ވެފައިވަނިކޮށް ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން އުފުއްލެވި ރަސްކަލެކެވެ. ނަމަވެސް އެރަދުންނަކީ ވަރަށް ކޯފާގަދަ ބޭފުޅެއްކަމަށް ބުނެވެއެވެ. 

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) އަވަހާރަވީ 5 ޝައްވާލު 1058ހ ގައެވެ. 29 އަހަރު ވަންދެން ރަސްކަން ކުރެއްވި އެވެ. 

Wikipedia will get it




#Article 214: ސުލްޠާން އިބްރާހީމް އިސްކަންދަރު (1358 words)


 ނުވަތަ ސުލްޠާން އިބްރާހީމް އިސްކަންދަރު   (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު އިސްކަންދަރު ރަސްގެފާނު އެވެ. 

 

އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން  ނުވަތަ ބޮޑު ރަސްގެފާނު އެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. މަންމާފުޅަކީ ކަނބާ ޢާއިޝާ އެވެ. 

އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު ކަނބާ ޢާއިޝާ އަކީ ކަލާފާނާއި، އަދި އޭގެފަހުން އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު އާއި ކައިވެނި ބައްލަވައިގެންނެވި ބޭފުޅެކެވެ. ޙުސައިން ފާމުލަދޭރި ކިލެގެފާނު އަވަހާރަވުމަށްފަހު، ބޮޑު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު މިކަމަނާއާއި ކައިވެނިފުޅު ކުރެއްވީ އެވެ. ބޮޑު ރަސްގެފާނަށް މިކަމަނާ ރައްކައުވީ ހަމައެކަނި އިސްކަންދަރު ރަސްގެފާނު އެވެ. 

އިސްކަންދަރު ރަސްގެފާނުގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ނަންފުޅު އިނގޭ ބޭފުޅަކީ އާމިނާ ކަނބާފާނު އެވެ. މިރަދުންގެ ދަރިކަލުން ކުޑަ މުޙައްމަދުގެ މަންމާފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް ކިޔުނު ބޭފުޅެކެވެ. މިއީ މިރަދުންގެ ޖާރިޔާ އެކެވެ.

އިސްކަންދަރު ރަސްގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 1030 ވަނަ އަހަރުގައެވެ. އުމުރުފުޅުގެ ޅަދުވަސްތައް ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އަރިހުގައެވެ.

އިސްކަންދަރު ރަސްގެފާނު އަށް ލިބިވަޑައިގަތީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ ސުލްޠާން ކުޑަ މުޙައްމަދު އެވެ. އެދަރިކަލުންގެ މަންމާ ފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް އެވެ. އެއީ މަޝްހޫރު އެދިމަރިޔަމް އެވެ. ނުވަތަ މަރިޔަމް ކަނބާ އެވެ. އިސްކަންދަރު ރަސްގެފާނަށް ކުޑަ މުޙައްމަދު ލިބިވަޑައިގަތީ އުމުރުން 62 އަހަރުގައި 28 ރަޖަބު 1091 ވަނަ އަހަރު އެވެ. އެއީ މީލާދީން 15 އޮގަސްޓް 1680 ގައެވެ.

އިސްކަންދަރު ރަސްގެފާނަކީ ވަރަށް މާތް ތެދުވެރި ޢަދުލުވެރި ހިތްވަރުގަދަ ރަސްކަލެކެވެ. އަދިއެއީ ގައިކޮޅުގެ ކުލަ ދޮން، އިސްކޮޅުފުޅުން ދިގު، ރީތި ބޭފުޅެކެވެ. އެޒަމާނުގައި އެފަދަ ދެވަނައެއްނުވާ ރިވެތިކަމާއި، ޢިއްޒަތްތެރިކަމާ، ހިތްވަރުފުޅު ގަދަކަން، ލިބިހުންނެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ރަގަޅު ސިފަފުޅު ތަކުގެ ތެރޭގައި، ކުރިޔަށް ވިސްނަވާ ވަޑައިގަތުމާއި، ކެތްތެރިކަމާއި، ކޯފާމަޑުކަމާއި، މީހުންނަށް އަދަބު ދެއްވުން އަވަސް ނުކުރައްވައި، ކަންކަމުގެ ދެކޮޅު ބައްލަވައި، ހެއްދެވުން ހިމެނެއެވެ. ރަސްކަމުގެ ކަންތައްތައް ހެޔޮގޮތުގެ މަތީން ގެންދެވުމުގެ ތަދުބީރު ދެނެވަޑައިގެން ހުންނެވި، ކެތްތެރި ރަސްކަލެކެވެ. 

އިސްކަންދަރު ރަސްގެފާނަކީ މީސްތަކުންނަށް ކަނޑިހެވިކަމާއި، ބަޑިހެވިކަމާއި، ދުނި ދަނޑިއެއްލުމާއި، އޮޅުލުމާއި، މިކަންކަން އުގަންނަވައި ދެއްވި އެދުރު ބޭކަލެކެވެ. މިރަދުންނަކީ ދަންނަ ބޭކަލުންނާއި ޢިލްމުވެރިންނަށް ކަމޭހިއްތަވައި، ޢިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ރަސްކަލެކެވެ.  

އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1 ވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އަވަހާރަވުމުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތީ 5 ޝައްވާލު 1058 ގައެވެ. އެއީ މީލާދީން 13 އޮކްޓޯބަރ 1648 އެކެވެ. ރަސްކަމަށް އިސްވެވަޑައިގަތީ އުމުރު ފުޅުން އެންމެ 18 އަހަރު ގައެވެ. 

އިސްކަންދަރު ރަސްގެފާނު ކުރެއްވި ޚިދުމަތް ތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އާދަކާދަތައް އުފެއްދެވުމާއި، ދައުލަތް ހިންގެވުމުގައި މަޝްވަރާން ކުރައްވަން ފެއްޓެވުން ހިމެނެއެވެ. 

އިސްކަންދަރު ރަސްގެފާނު ގެ ރަސްކަމުގެ 2 ވަނަ މަހުގެ ތެރޭގައި، ގޯވާއަށް ވަޑައިގެންނެވި 9 ވަނަ ޙަސަން ރަސްގެފާނުގެ(ސުލްޠާން ޙަސަން (ނުވަވަނަ)) ދެކާފަ ދަރިކަލުން ކަމުގައި ބުނެވޭ، ދޮންލަވީޒް އަދި ދޮންމާލަވީޒް، އާއި ދެބޭން ދިވެހިރާއްޖެއާއި، ހަނގުރާމައަށް އައެވެ. މިމީހުން އައި ޚަބަރު ރަސްގެފާނު އައްސަވައި، އޭނާގެ އެއްބަނޑު 3 ބޭފުޅުންނާއި، ވަޒީރުންނާއި، އަމީރުން އެއްކުރައްވައި ހަނގުރާމަ ކުރެއްވުމާއި މެދު މަޝްވަރާ ކުރެއްވިއެވެ. އެންމެންވެސް އެއްބަސްވީ ހަނގުރާމަ ކުރުމަށެވެ. ހަނގުރާމައިން ނަޞްރު ލިބުނީ ދިވެހީންނަށެވެ. ބުނެވޭގޮތުގައި ދޮންމާލަވީޒް ގަޔަށް އުއްޑައެއް އަރައިގެން އޭނާ މަރުވީއެވެ. ދޮންލަވީޒް ގަޔަށްވެސް ބަޑިއެއްގެ އުންޑައަރައި ޒަޚަމްވިއެވެ. ޕޯޗުގީޒުންގެ ވަރަށް ގިނަ މީހުން ގަތުލު ވިއެވެ. ދެން އެމީހުން ބަލިވެގެން އެބުރި ގޯވާއަށް ދިޔައީ އެވެ. އޭގެ ފަހުން ދުވަސްތަކެއް ވާންދެން ޕޯޗުގީޒުންގެ ހަމަލާއެއް ދިވެހިރާއްޖެއަކަށް ނާދެއެވެ. މިހަނގުރާމަ ހިނގީ 1649މ ގައެވެ. މިހަނގުރާމައާއި ވިދިގެން ގޯވާ އަށާއި، ކަންނަންނޫރު ޢަލީ ރާޖާއަށް އިސްކަންދަރު ރަސްގެފާނު ފޮނުވަމުން ގެންދިޔަ ޖިޒީ ފޮނުވުން ހުއްޓުވައި ލެއްވި އެވެ. 

ދިވެހިރާއްޖެއިން ޖިޒީ ފޮނުވުން ހުއްޓާލެއްވުމުން އެކަމާ ނުގަބޫލުވެގެން، ހަނގުރާމަ މަތީ ގުރާބުތަކެއް ޢަލީ ރާޖާ ރާއްޖެއަށް ފޮނުވި އެވެ. ދެން އެމީހުންނާއި، ދެކޮޅަށް ލަޝްކަރީންގެ ބަޔަކު ގޮވައިގެން، އިސްކަންދަރު ރަސްގެފާނު ވަޑައިގަތެވެ. ޢަލީ ރާޖާގެ ގުރާބު ތަކާއި ދިވެހީންނާއި ބައްދަލުވީއިރު، އެމީހުންވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް އަރައި، މީހުންގެ މުދާފޭރި ހާނީއްކަކޮށް ހަދައިފައެވެ. ދިވެހިންނާއި، މިބައިމީހުންނާއި ދެމެދު ކުރެވުނު ހަނގުރާމައިން ވެސް ނަޞްރު ލިބުނީ ދިވެހީންނަށެވެ. ޢަލީ ރާޖާގެ މީހުން ބަލިވެގެން އެނބުރި ރަށަށް ދިޔައީ އެވެ. ފަހުންވެސް ޢަލީ ރާޖާ ފޮނުވި ބަޔަކު ރާއްޖެ އައެވެ. އެހަނގުރާމައިން ވެސް އެމީހުންވަނީ ބަލިވެފައެވެ. އެފަހަރު އެމީހުން އެބުރި ދިޔައީ ކުޑަ ފުށީ ހުކުރު މިސްކިތް އަންދާލާފައެވެ. 

ޢަލީ ރާޖާގެ އުދަނގޫ ބޮޑުވެގެން އޭނާއަށް ފިލާވަޅެއް ދަސްކޮށްދެއްވުމަށް މަލާބާރީންނާއި ހަނގުރާމަކޮށް، ކާމިޔާބު ހޯދާފައިވާ، ދިވެހިންގެ ބަޔަކު އިސްކަންދަރު ރަސްގެފާނު، ޢަލީ ރާޖާއާއި ދެކޮޅަށް ހަނގުރާމައަށް ފޮނުވިއެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުގައި މިބައިމީހުން، ކަންނަންނޫރުގެ ދަށުގައިވާ އަންދުރޯތުގެ ރަށްރަށަަށް އަރައި، ކަނޑި ބަނޑި ހިފައިގެން އެތާގެ އަހުލުވެރިން ބިރުގަންނުވައި، އެތާގައި ތިބި ޢަލީ ރާޖާގެ ލަޝްކަރީން ފައްސައި، މުދާފޭރި، ގޭގެ އަންދައި، ޢަލީ ރާޖާގެ ލަޝްކަރީން ދިވެހިރާއްޖެއަށް އައިސް ކަންތައް ކުރާ ފަދައިން، އެމީހުން އެތާނގައި ކުރާނޭހާކަމެއް ކޮށްފައި ނަޞްރު ލިބިގެން އެބުރި މާލެއައީ އެވެ. 

އޭގެ ފަހުން މަލިކުގެ ވެރިމީހާއާއި، އެތާގެ ބޮޑުން މާލެ ގެންނަވައި، އެތަކެއް ދުވަހު ހައްޔަރުކުރައްވާފައި ބޭތިއްބެވީ އެވެ. ދެން މަލިކުން ދައްކަން ޖެހޭ ވާރަކީ އަހަރަކު 12 ލާރިކަމަށް ހަމަޖައްސަވާފައި އެމީހުން އަނބުރާ މަލިކަށް ފޮނުއްވެވީ އެވެ. ރަދުން މިގޮތަށް ކަންތައް ކުރެއްވީ ދިވެހިރާއްޖޭގެ ރަސްގެފާނު ކަންނަންނޫރު ޢަލީ ރާޖާގެ ރަށެއް ހިއްޕަވައިފިޔޭ ބުނެވޭނެ ގޮތަށެވެ. މިކަންތައް ކުރެއްވުމަށްފަހު ވަރަށްގިނަ ދުވަސްތަކެއް ވަންދެން ޢަލީ ރާޖާގެ އުދަނގޫ ދިވެހިރާއްޖެއަކަށް ނުޖެހެއެވެ.

 
އިސްކަންދަރު ރަސްގެފާނު ގެ ދުވަސްވަރަކީ ރާއްޖޭގެ އަހުލުވެރިން އުފަލާއި ތަނަވަސް ކަމުގައި އުޅުނު ދުވަސްވަރެކެވެ. ދިވެހިރާއްޖޭގައި ވިޔަފާރި ވަރަށްބޮޑަށް އެދުވަސްވަރު ކުރިއަށް ދިޔަކަމަށް ވެއެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި، އަސޭކަރައިންނާއި، އުތުރުކަރައިންނާއި، އެތަންމިތަނުން، އެކިބާވަތުގެ ވިޔަފާރި މުދާ ހިފައިގެން އަންނަ ނައުފަހަރުން މާލޭގެ ބަނދަރު ފަޅުފިލާފައި އޮތެވެ. އެމީހުން ދިވެހިންނަށް މުދާވިއްކާ ވިޔަފާރިކޮށް ހެދުމުގެ ހުއްދަ ދެއްވާފައި އޮވެއެވެ. ވިޔަފާރީގެ އެއްވެސް ކަމެއްގެ ތެރެއަށް ރަސްގެފާނު ވެދެވަޑައެއް ނުގަންނަވައެވެ. ރައްޔިތުން ވިއްކާން ބޭނުން ކޮންމެ އެއްޗެއް އެމީހުންނަށް ފެންނަގޮތަށް ވިއްކަން ދޫކޮށްލެވިއެވެ. ހަމައެފަދައިން ބޮޑު ބަނޑޭރި ބޭކަލުންނާއި، ވެލާނާ ބޭކަލުންވެސް މިފަދަ ވިޔަފާރި މުދަލާ ބެހުމަށް ރަދުންގެ އަމުރުފުޅެއް ނޯވެއެވެ. 

އިސްކަންދަރު ރަސްގެފާނު ރަސްކަމުގެ 8 ވަނަ އަހަރު މާލޭ ހުކުރު މިސްކިތް އަލުން ބިނާކުރެއްވުމަށް ފެއްޓެވި އެވެ. އޭރު ހުރި ހުކުރު މިސްކިތަކީ ޝިހާބުއްދީން ރަދުން މީލާދީން 1338 ގައި އަލުން ބިނާކުރެއްވި މިސްކިތެވެ. މިމިސްކިތް އޭރުވެސް ހުރީ ބައުވެފައެވެ. އިސްކަންދަރު ރަސްގެފާނު މިމިސްކިތުގެ ބިންގާ ނަންގަވައި، އެމިސްކިތްހުރި ތާނގައި ކުރިއަށްވުރެ، ފުރިހަމައަށް، ތަނަވަސްކޮށް، ހިރިގަލުން މިސްކިތް ބިނާކުރެއްވި އެވެ. ބުނެވޭގޮތުގައި މިސްކިތުގެ މަސައްކަތް ހިނގަމުންދިޔައީ ސީދާ ރަދުންގެ ބެއްލެވުމުގެ ދަށުންނެވެ. 

މާލޭ ހުކުރު މިސްކިތް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލުން ބިނާކުރައްވަން ފެއްޓެވީ ހިޖުރައިން 28 ޝަޢުބާން 1066 މީލާދީން 21 ޖޫން 1656 ގައެވެ. ބިނާކުރައްވައި ނިމުނީ ރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. މިސްކިތް ބިނާކުރެއްވީ ވަރަށްރީތި ކުރެހުންތައް، ހިރިގަލުގައި އަޅުއްވައި، ލަކުޑީގައި ލާފެން ކުރައްވައިފައެވެ. މިސްކިތުގައި ޢަރަބި ބަހުން ލިޔެފައިހުރި ހުރިހާ އެއްޗެއް ލިޔެނިމުނީ ހިޖުރައިން 1068 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 18 އޮކްޓޫބަރު 1657 ގައެވެ. 

ހިޖުރައިން 1078 ވަނަ އަހަރު (މީލާދީން 1668) ގައި އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަތެވެ. ޙައްޖުން ވަޑައިގަތުމަށްފަހު ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ބިނާކުރައްވައި، އެތަނަށް ފިޤުހު ޢިލްމުވެރިއަކު ލައްވައި، ކުދީންނަށް ޤުރުއާން ކިޔަވައިދިނުމާއި، ފަރުޟު ޢިލްމު އުގަންނަވައި ދިނުމަށް ޙަވާލުކުރައްވައި، އޭނާއަށް ސަރުކާރުން މުސާރަދެއްވުމަށް ހަމަޖެއްސެވި އެވެ. އެއަށްފަހު މުންނާރު ބިނާކުރައްވައި މުންނާރުން 5 ވަގުތު ނަމާދަށް ގޮވާނޭ މީހަކު ލައްވައި، އޭނާއަށްވެސް ސަރުކާރުން މުސާރަދެއްވުމަށް ހަމަޖެއްސެވި އެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އެއިރު ޢަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެއެވެ.

ހުކުރު މިސްކިތުގެ ދެކުނު ދޮރޯށީގައި ކިޔަވައި ދެއްވާން ފެއްޓެވި ދުވަހަކީ 1670 ވަނަ އަހަރުގެ މެއި މަހުގެ 30 ވީ ހުކުރު ދުވަހެވެ. މިތަނުގެ ފުރަތަމަ އެދުރަކީ ޢައްލާމާ އަޙްމަދު ޝިހާބުއްދީން ބޮޑު ނާއިބު އެދުރު ތަކުރުފާނެވެ. 1676 ގައި އަޙްމަދު ޝިހާބުއްދީން އަވަހާރަވުމުން އެތަނުގައި ދެން ކިޔަވައިދެއްވީ އަޙްމަދު ޝިހާބުއްދީނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު ބިން ޙާއްޖު ޢަލީ ތުއްކަލާއާއި މަޙްމޫދު ފަނޑިޔާރުގެ ފުތް ސިރާޖުއްދީނާއެވެ. މި ސިރާޖުއްދީން ފޮނަދުއަށް ވަޑައިގެން އަދި މުޙައްމަދު ބިން ހާއްޖު އަލީ ތުއްކަލާ ދެއްވަދޫ ރަސްގެފާނުގެ ގޮތުގައި ރަސްކަމަށް އިސްވެ ވަޑައިގަތުމުން ދެން ކިޔަވައިދެއްވީ ހުސައިން އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން މުހައްމަދު ބޮޑު ފުތްތަކުރުފާނެވެ. މި ދުވަސްވަރު ދެއްވަދޫ ރަސްގެފާނު މި ތަނުން ކިޔަވާ ދަރިވަރުންނަށް މުސާރައެއް ހަމަޖެއްސަވައި ދަރިވަރުންނަށް ކިޔަވާނެ އަރަބި ފޮތް ހޯއްދަވައިދެއްވިއެވެ. މިއީ ރާއްޖޭގައި ކިޔަވާ ކުދީންނަށް މުސާރައެއް ދެއްވިކަން ތާރީހުން އެނގޭ ފުރަތަމަ ފަހަރެވެ. އަދި މި ރަދުން ހުކުރު މިސްކިތުގެ ދޮރޯށި އިތުރަށް ތަނަވަސް ކުރައްވައި އެދުރު ތަކުރުފާނަށާއި ދަރިވަރުންނަށް ގަނޑުވަރުން ފަރިއްކޮޅުގެ އިންތިޒާމު ވެސް ހަމަޖައްސަވައިދެއްވިއެވެ. މިއީ އިލްމަށް ވަރަށް ލޯބި ކުރެއްވި އިލްމުވެރި ރަސްކަލެކެވެ. 

އިސްކަންދަރު ރަސްގެފާނު ދެވަނަ ފަހަރަށް ޙައްޖަށް ވަޑައިގަތީ ހިޖުރައިން 1093 ވަނަ އަހަރު ގެ މުހައްރަމް މަހުގެ 27 ވަނަ ދުވަހުގައެވެ. އެއީ 2 ޖެނުއަރީ 1682 ގައެވެ. މިދަތުރުގައި 2 ބޮޑު އޮޑިޔާއި 4 ނައު ރަދުން ގެންދެވިއެވެ.ރަސްކަމުގެ ކަންތައް ހަވާލު ކުރެއްވީ ދެއްވަދޫ މުޙައްމަދު ފަނޑިޔާރު ތަކުރުފާނު އާއެވެ. އެދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތީ އަނެއް އަހަރު ފިތުރު ޢީދު ވިލޭރޭ ގައެވެ. އެއީ 24 ސެޕްޓެމްބަރ 1682 ގައެވެ. އެއީ ދިވެހިރާއްޖެއަށް ދެޢީދު އެކުގައި އަހަރެކެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ފަހުކޮޅުގައި ދުނިޔެއަށް މަޝްހޫރު ދަންނަ ބޭކަލަކު މާލެ ދުރުވިއެވެ. އެއީ އައްސައްޔިދު ޢަބުދުއް ރައްޒާޤުގެ ދަރިކަލުން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު(ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު) އެވެ. އެކަލޭގެފާނު ޢިލްމް އުގެނިލެއްވީ މިޞްރުގެ ޖާމިޢުލް އަޒްހަރު އިންނެވެ. އެކަލޭގެފާނު ގާދިރީ ޠަރީޤާ އަށް ވަނުމަށް މީހުންނަށް ގޮވާލަމުން އެތެރެވަރީގައި ކުރެއްވި ދަތުރެއްގައި މާލެ ވަޑައިގަތީ އެވެ. އޭނާ މާލެ ވަޑައިގަތީ 14 ރަބީއުލް އައްވަލް 1097 ގައެވެ. އެއީ މީލާދީން 29 ޖެނުއަރީ 1686 ގައެވެ. 

އިސްކަންދަރު ރަސްގެފާނު ފަރާތުން ސައްޔިދު ކަލޭގެ ފާނު އަށް ލިބިވަޑައިގަތީ ވަރަށް ހޫނު ތަރުހީބެކެވެ. ރަދުންގެ ޚާއްޞަ އެދިވަޑައިގަތުމެއްގެ މަތީން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނުގެ ނުފޫޒު ފެތުރުމަށް އެކަލޭގެފާނު ފެއްޓެވިއެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނު އަމުރުތަކަށް ކިޔަމަންވުން ނުކުޅެދޭކަމަކަށް ދިވެހިންނަށް ވެއްޖެއެވެ. އެހެނީ އެކަލޭގެފާނުގެ އަމުރުތަކުގެ ތެރޭގައި ފިރިހެނުން ތުބުޅި ދިގުކުރުމާއި، އަންހެނުން މޫނު ބުރުގާ އެޅުން ހިމެނިގެން ވެއެވެ. ފަހު ނަތީޖާއަކީ ރަދުންނާއި ސައްޔިދު ކަލޭގެފާނާއި ދެމެދު ނުރަގަޅުވުމެވެ.

ދިވެހިރާއްޖޭގައި ރަސްމީގޮތުން ފުރަތަމަ ފެއްޓެވި މަދަރުސާއަކީ އިސްކަންދަރު ރަސްގެފާނު މާލޭ ހުކުރު މިސްކިތުގެ ދޮރޯށީގައި ފެއްޓެވި މަދަރުސާއެވެ. މިގޮތުން ފެއްޓެވި މަދަރުސާ ކަމުގައި ބެލެވެނީ ކުރިން ބުނެވުނުހެން، ޙައްޖުން ވަޑައިގަތުމަށްފަހު ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ބިނާކުރައްވައި، އެތަނަށް ފިޤުހު ޢިލްމުވެރިއަކު ލައްވައި، ކުދީންނަށް ޤުރުއާން ކިޔަވައިދިނުމާއި، ފަރުޟު ޢިލްމު އުގަންނަވައި ދިނުމަށް ޙަވާލުކުރައްވި ކުރެއްވުމަށެވެ.

މާލޭ މަޝްހޫރު ހުކުރު މިސްކިތް އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލުން ބިނާކުރެވުނެވެ. އަދި ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ވެސް ބިނާކުރެއްވި އެވެ. މީގެ އިތުރުން ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް މިރަަދުންނެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. 

ހުކުރު މިސްކިތުގެ އިތުރުން ގަލޮޅު ބައު މިސްކިތް (ކުނޑިކޮއި މިސްކިތް) ވެސް ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނު އެވެ. މިމިސްކިތް ބިނާކުރެއްވީ މިރަދުންގެ ރަސްކަމުގެ 5 ވަނަ އަހަރު އެވެ. އެއީ ހިޖުރައިން 1063 ނުވަތަ މީލާދީން 1653 ގައެވެ. ސ.ގަމުގައި ހުރި މާމިސްކިތަށް ބޯގަ ދެއްވުމުގެ ގޮތުން މީލާދީން 1653 ގައި އިސްކަންދަރު ރަސްގެފާނު ދެއްވި ފިލާފަތްކޮޅެއް ވެއެވެ. މިއީ މަޝްހޫރު ގަމު ފިލާފަތްކޮޅެވެ. މިފިލާފަތްކޮޅު މިހާރު ބަހައްޓާފައިހުރީ ގައުމީ ދާރުލް އާޘާރު ގައެވެ. 

މާލޭގައި ސަރުކާރުން ހައްދަވާފައިވާ ޕްރައިމަރީ ސުކޫލް ތަކުގެ ތެރެއިން އިސްކަންދަރު ސުކޫލް ނިސްބަތްވަނީ ވެސް އިސްކަންދަރު ރަސްގެފާނު އަށެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވީ ހިޖުރައިން 1098 ވަނަ އަހަރު ރަބީޢުލް އާޚިރު މަހުގެ 15 ވީ ހުކުރު ވިލޭރޭ ގައެވެ. އެއީ މީލާދީން 28 ފެބުރުއަރީ 1687 ގައެވެ. ބައެއް ލިޔުން ތަކުގައި 18 ފެބުރުއަރީ 1687 ކަމަށް ލިޔެފައި ވެއެވެ. ރަސްކަން ކުރެއްވީ 39 އަހަރާއި، 6 މަސް ދުވަހު އެވެ. އަވަހާރަވީ ވިހައެއް ހިއްޕަވައިގެންކަމަށް ބުނެވެއެވެ. ފަސްދާނުވެޑުވުނީ ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ފަސްދާނު ވެޑުވުމަށް ތައްޔާރު ކުރައްވާފައި ހުރި ޒިޔާރަތުގައެވެ.




#Article 215: ސުލްޠާން ކުޑަ މުޙައްމަދު (461 words)


 ސުލްޠާން ކުޑަ މުޙައްމަދު  އަކީ މީލާދީން 1687 ން 1691 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1098 ން 1102 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1098 ވަނަ އަހަރުއެވެ.

އައްސުލްޠާން ކުޑަ މުޙައްމަދު ސިރީ މަނި ރަންނަލޯކަ މަހާ ރަދުންނަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ރަސްގެފާނުންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާ ފުޅަކީ އިސްކަންދަރު ރަސްގެފާނު ގެންގުޅުއްވި ޖާރިޔާ އެކެވެ. އޭނާގެ ނަމަކީ މަރިޔަމް އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވި އިރު އުމުރުފުޅަކީ އެންމެ 6 އަހަރެވެ.

އިސްކަންދަރު ރަސްގެފާނު އަށް ލިބިވަޑައިގަތީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ ސުލްޠާން ކުޑަ މުޙައްމަދު އެވެ. އެދަރިކަލުންގެ މަންމާ ފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް އެވެ. އެއީ މަޝްހޫރު އެދިމަރިޔަމް އެވެ. ނުވަތަ މަރިޔަމް ކަނބާ އެވެ. އިސްކަންދަރު ރަސްގެފާނަށް ކުޑަ މުޙައްމަދު ލިބިވަޑައިގަތީ އުމުރުން 62 އަހަރުގައި 28 ރަޖަބު 1091 ވަނަ އަހަރު އެވެ. އެއީ މީލާދީން 15 އޮގަސްޓް 1680 ގައެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވުމުގެ ކުރިން އުމުރުފުޅުން 6 އަހަރާއި 8 މަސްވީ  އޭނާގެ ދަރިކަލުން މުޙައްމަދުއަށް ބައިއަތު ހިފުމަށް، ޢިލްމުވެރިންނާއި، ބޮޑުންނާއި، ޢަސްކަރުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި އެބައިޢަތުގެ ހިފުމުގެ މަތީން އިސްކަންދަރު ރަސްގެފާނު އަވަހާރަވުމަށްފަހު، ރަސްކަމުގެ ތަޚްތަށް އައްސުލްޠާން ކުޑަ މުޙައްމަދު ސިރީ މަނި ރަންނަލޯކަ މަހާ ރަދުންގެ ނަންފުޅުގައި އިސްކުރެވުނެވެ. 

އިސްކަންދަރު ރަސްގެފާނު އަވަހާރަވުމަށްފަހު، ދުވަސްކޮޅެއް ވަންދެން އޭނާގެ ހަގު ދަރިކަލުން ކުޑަ މުޙައްމަދު ވަރަށް ވަފާތެރިކަމާއެކު، އިސްކަންދަރު ރަސްގެފާނުންގެ ވަޒީރުން ބަލަހައްޓަމުން ގެންދިޔައެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް އެތުއްޕުޅު ރަދުންގެ މަންމާގެ ވަރުގަދަ ނުފޫޒު ރަދުންގެ މައްޗަށް ފޯރުވާން ފަށައިފި އެވެ. ދިވެހިރާއްޖޭގައި ހުރި އެންމެ ބާރުވެރި ވެރިޔަކީ ކަނބާ މަރިޔަމް ކަމުގައި ވެއްޖެއެވެ. އިސް ވަޒީރަކަށް ހުންނެވި، އަލްވަޒީރު މުޙައްމަދު ފާމުލަދޭރި އިބްނި އަލްވަޒީރު ޙަސަން ފާށަނާއާއި، އޭނާގެ ބަފާ ކަލޭގެ ވެލާނާ ތަކުރުފާނު، އަރުވާލައްވައިފި އެވެ. 

އިސް ވަޒީރު ކަމުގެ މަގާމަށް ކަނބާ އައްޔަންކުރެއްވީ އޭނާގެ ބޭބެ ޢަލީ އެވެ. އޭނާގެ ދެން ތިބި ދެބޭބެ އިބްރާހީމް އަށާއި، ޢީސާ އަށްވެސް ދެވަޒީރުކަން ދެއްވައިފި އެވެ. 

އެދުވަސްވަރު ތެރޭގައި މާލެއަށް ޢާންމު ވަމުން ދިޔައީ ވަރަށް ބަދު އަޚްލާޤީ ޙަޔާތެކެވެ. އެކަމުގެ ސިއްރާއި އަޞްލެއް ކަމަށްވަނީ ކަނބާ މަރިޔަމްގެ ބަދު އަޚްލާޤީ ކަމެވެ. ދުވަސްކޮޅެއް ވީތަނާ، ވަރަށް އާދައިގެ މީހަކާއި ކައިވެނި ބައްލަވައިގެން، އޭނާއަށް ދޮށިމޭނާ ކަމަށް ކޮލިލައްވައިފި އެވެ. ކަނބާ މަރިޔަމްގެ ދޯދިޔާ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން  މާލޭގައި ތިބި ވަރަށް ގިނަ ރަގަޅު މީހުން މާލެ ދޫކޮށް ބޭރު ތަންތަނަށް ދިޔައެވެ. އެގޮތުން ރާއްޖެ ދޫކޮށްފައި ދިޔަ މީހުންގެ ތެރެއިން ޙަސަން ތާޖުއްދީނު ދިޔައީ މައްކާއަށެވެ. ޙަސަން ތާޖުއްދީނު ހިޖުރައިން 1102 ވަނަ އަހަރު، އެބުރި އައުމުން ލ.ގަމަށް އަރުވާލެވުނެވެ. 

ހިޖުރައިން 1102 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ ތެރޭގައި އިންޑިޔާގެ ކަނޑު ފޭރޭ ބައެއްގެ ގުރާބު ތަކެއްގައި ތިލަދުންމައްޗަށް ގޮސް ވަރަށް ދުއްތުރާތައް ކުރިއެވެ. މިޚަބަރު ލިބުމުން މާލެއިން އޮޑިތަކެއް އެބައިމީހުންނަށް ދެކޮޅަށް ފުރައިފިއެވެ. މާލެއިން ދިޔަ އޮޑިތަކުގެ ރިޔާތައް ދެކެފައި، އިންޑިޔާއިން ދިޔަ މަލާބާރީންގެ މީހުން، އެބައިމީހުންގެ ގުރާބުތަކުގައި ފިލާ ރައްކާވެއްޖެއެވެ. 

އެހަނގުރާމަ އިން ފަތަހަ ލިބިގެން އަންނަ އޮޑިތަކާއި ބައްދަލު ކުރެއްވުމަށް ކަނބާ މަރިޔަމް ކުޑަ މުޙައްމަދު ގޮވައިގެން ޚާއްޞަ އޮޑިކޮޅެއްގައި ފުރާވަޑައިގަތެވެ. އޮޑިކޮޅާއި، އޮޑިތައް ބައްދަލުވީ މާލެ އަތޮޅު ބޮޑު ބަޑޮސް ކައިރިންނެވެ. އެރޭ ހޭދަކުރެވުނީ އުފާ ފާޅުކުރުމުގައެވެ. އަނެއް ދުވަހު މާލޭއައުމަށް ފުރައިގެން އައިސް، ދޫނިދޫ އާއި ހަމަވިތަނާ ސަލާމްގެ ބަޑިތައް ޖަހާންފަށައިފި އެވެ. ކުއްލިއަކަށް ފެނުނީ ބަޑިޔަކުން ޖެހި އަލިފާން ކަންޏެއް އޮޑިކޮޅުގައި ހުރި ބަޑި ބޭސް ތަކެއްގައި ޖެހިފައި، ހުޅު ފަޅައިގެން ގޮސް، މުޅި އޮޑިކޮޅު ބުރަބުރައިގެން ދިޔަ ތަނެވެ. މިކަން ހިނގީ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހެވެ. 

އެހާދިސާ ހިނގުމަށްފަހު، ކަނބާ މަރިޔަމްގެ ހަށިކޮޅު ނުވެސް ފެނުނެވެ. ކުޑަ މުޙައްމަދު ރަސްގެފާނު އާއި، އެހެން މީހުން ފެނުނެވެ. ނަމަވެސް އެއެންމެން ލަސްތަކެއްނުވެ މަރުވީ ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވީ ހިޖުރައިން 1102 ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ 4 ވަނަ ދުވަހު އެވެ. ބައެއް ލިޔުންތަކުގައި ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވީ ޖުމާދިލް އާޚިރުމަހުގެ 27 ވަނަ ދުވަހުގައި ކަމަށް ލިޔެފައި ވެއެވެ. އޭރު އޭނާގެ އުމުރު ފުޅުން އޮތީ 10 އަހަރާއި، 11 މަހާއި 6 ދުވަހަށެވެ.




#Article 216: ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު (434 words)


 ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އަކީ އަކީ މީލާދީން 1691 ން 1692 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1102 ން 1103 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1102 ވަނަ އަހަރުއެވެ.

ފުރިހަމަ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ( ނުވަތަ މުޙައްމަދު ފާމުލަދޭރި ކިލެގެފާނު ) ސިރީނާކިރީ ސުންދަރަ މަހާރަދުންނެވެ. ބައެއް ލިޔުންތަކުގައި މިރަދުންގެ ކޮލި ނަންފުޅުގެ ގޮތުގައި ސިރީ ކުލަ ރަންމަނި މަހާރަދުން ލިޔުއްވާފައި ވެއެވެ. މިއީ އިސްކަންދަރު ރަސްގެފާނުގެ އަޚު ޙުސައިން ފާމުލަދޭރި ކިލެގެފާނު ނުވަތަ ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އާއި ކަނބާ ޢާއިޝާ ގެ ދަރިކަލުން ޙަސަން ފާށަނާ ކިލެގެފާނު އާއި ފ.ދަރަބޫދޫ ކަދީދާ ދިޔޯ ގެ ދަރިކަލުންނެވެ. 

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު މިރަދުންގެ ނަމުގެ ފަހަތަށް އަލްޢާދިލު ރަދުންގެ ނަމާއި ގުޅުވައިގެން ކިޔާފައިވަނީ، ރަދުންގެ ޢަދުލުވެރިކަމާއި، އިންޞާފަށް ލޯބިކުރެއްވުން ހުރިގޮތާއި، އިސްލާމީ ޝަރީޢަތް ގާއިމްކުރެއްވޭތޯ ގަދައަޅުއްވައި، ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ ސަބަބުންނެވެ.

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަމަށް އިސްވެވަޑައިގަތީ،  ރާއްޖޭގެ ތާރީޚް ދެކިފައިނުވާ ވަރަށް ފާސިގުކަމާއި ލާދީނީ ކަންތައްތައް، ފެތުރިފައިވާ ދުވަސްވަރެއްގައެވެ. އެއީ މީލާދީން 1691 ވަނަ އަހަރު އެވެ. އެރަދުން ރާއްޖޭގެ ރަސްކަމަށް އިސްވިއިރު ރާއްޖެވަނީ އެއްވެސް ލާދީނީ ބާރެއްގެ މަޖުބޫރު ކަމެއްނެތި، ކުރިން ހުންނެވި ތުއްޕުޅު ރަދުންގެ މަންމާފުޅު، އެނދި މަރިޔަމްގެ ބާރުގައި އިސްލާމްދީންގެ އަސްލުތައް އުވިދިޔުމާއި ހަމައިގައެވެ. 

އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަމަށް އިސްވެ ވަޑައިގަތީ ކުރިން ހުންނެވި ރަދުން، ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވުމުންނެވެ. ދިވެހިރާއްޖޭގެ ދީނީ ޙާލަތު ބަދަލުވެފައި ވަނިކޮށް، އަލުން އިސްލާމީ ނިޒާމް ގާއިމުކުރައްވައި، އަދުލު އިންޞާފާއި ޞުލްޙަ ހިންގަވައި، ޢިލްމުވެރިންގެ ނަޞޭޙަތާއި އިރުޝާދު ލިބިގަނެ، އަލުން ގައުމު ނެގެހެއްޓެވި ޢަދުލުވެރި ރަސްކަލެކެވެ. 

މިރަދުންނަކީ ވަރަށް ދީންވެރި ޢިލްމަށް ލޯބިކުރެއްވި ބޭފުޅެކެވެ.  ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު މިރަދުންގެ އެންމެ އިސް ޢަމަލުފުޅެއްކަމުގައި ވީ އޭރު އަރުވާލައްވާފައި ހުންނެވި ޝައިޚް ޙަސަން ތާޖުއްދީން މާލެ ގެންނަވައި، އެކަށީގެންވާ ގަދަރެއްގެ މަތީގައި ބެހެއްޓުމެވެ.އގޮތުން މަހަކު 50 ލާރި ޙަސަން ތާޖުއްދީންއަށް ދެއްވި އެވެ. އަދި ފުނަދޫ ޚަޠީބު ތަކުރުފާނުގެ ލަފާގެ މަތީން ދީނުގެ ވަރަށް ގިނަ އަމުރުތައް އާކުރެއްވި އެވެ. ފަސް ވަގުތު ނަމާދު ކުރުމަށާއި، ޒަކާތްދިނުމަށާއި، ރޯދަ ހިފުމަށާއި، ރާނުބޯށާއި، ބަނގުނުކާށާއި، ޒިނޭނުކުރުމަށާއި، އަންހެނުން މޫނުބުރުގާ އެޅުމަށް އަމުރު ކުރެއްވި އެވެ. އަދި ފިރިހެނުން ގަމީސްލައި، ފަގުޑިއަޅައި، ފައިވާނަށް އެރުމަށް ހުއްދަ ދެއްވައި، ޙައްޖަށްދާނޭ މީހަކު ޙައްޖަށް ދިއުމަށް ހުއްދަ ދެއްވި އެވެ. 

މިރަދުންނަކީ ރައްޔިތުންގެ މައްޗަށް ވަރަށް އޯގާވެރި ވެރިއެކެވެ. އެގޮތުން ރައްޔިތުންނަށް ލުއިކުރެއްވުމަށް ވާރުން ވެސް އެތަން ތަނެއް ކެނޑުއްވި އެވެ. ޝަރުޢީ އަދި މަދަނީ އަމުރުތައް ހިންގެވުމުގައި ދެރަމީހުންނާއި، މުއްސަދިން ހަމަހަމަ ކުރެއްވި އެވެ. މުޙައްރަމް މަހުގެ ތެރޭގައި އެތައް ހާސް ލާރިއެއް ފަގީރުންނަށް ބެއްސެވި އެވެ. 

ދިވެހިރާއްޖޭގައި ނާއިބުކަމާ ހިނގުން ( ހިޖުރައިން 1102 ރަޖަބު މަހުގެ 6 ވަނަ ދުވަހު ) ފެއްޓެވީ ވެސް ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އެވެ. މިރަދުން ރަސްކަންކުރެއްވީ 11މަހާއި 26 ދުވަހު އެވެ. ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަން ކުރެއްވި އަހަރަކީ ރައްޔިތުން އުފާފާގަތިކަމުން ފުރުނު އަހަރެކެވެ.

ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު ބަންގާޅުގައި ހުރި ދަންނަ ބޭކަލަކު، އެބުރި މާލެއައުން އެދިވަޑައިގެން އޭނާ އަށް ސިޓީއެއް ލިޔުއްވި އެވެ. މިދެންނެވި ކަލޭގެފާނަކީ އިސްކަންދަރު ރަސްގެފާނު ރަސްކަމުގެ ފަހުކޮޅު ވެސް ރާއްޖެ ވަޑައިގެން ހުންނެވި ސައްޔިދު ކަލޭގެފާނު އެވެ. އޭނާގެ ނަމަކީ އައްޝައިޚް މުޙައްމަދު ޝަމްސުއްދީނު އަލްޙަމަވީ ( ފަހުން ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު) އެވެ. ރަދުންގެ އެދިވަޑައިގަތުމަށް މިކަލޭގެފާނު މާލެވަޑައިގެންނެވި އިރު ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އުޅުއްވަނީ ވަރަށް އާލާސްކަން ފުޅާއެވެ. 

އައްޝައިޚް މުޙައްމަދު ޝަމްސުއްދީނު އަލްޙަމަވީ ( ފަހުން ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު) މާލެ ދުރުވިތާ 3 ވަނަ އަށްވީ ދުވަހު ސުލްޠާން މުޙައްމަދު މުޙްޔިއްދީނު އަލްޢާދިލު އަވަހާރަވެއްޖެއެވެ.އެއީ 30 ޖުމާދިލް އޫލާ 1103ހ ގައެވެ. ރަސްކަން ކުރެއްވީ 11 މަހާއި 26 ދުވަސް ވަންދެނެވެ. އެރަދުން ފަސްދާނު ލެވިފައިވަނީ ކުޑަ މުޙައްމަދު ރަސްގެފާނުސުލްޠާން ކުޑަ މުޙައްމަދުގެ ގަބުރު ކައިރީގައި ހުކުރު މިސްކިތުގައެވެ.




#Article 217: ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު (213 words)


 ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު އަކީ މީލާދީން 1692 ވަނަ އަހަރު  ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1103 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1103 ވަނަ އަހަރުއެވެ.

އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ސިރީ ހިކާޅަ މިލާދީއްތަ މަހާރަދުންނަކީ އައްސައްޔިދު އަބުދުއް ރައްޒާގު ޙުސައިން އައްޝާފިޢު އަލްޤާދިރީ މިކަލޭގެފާނުންގެ ދަރިކަލެކެވެ.މިރަދުންނަކީ ޙަމާތުގެ އަހުލުވެރި އެކެވެ. ޢިލްމު އުގެނިވަޑައިގަތީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ.

އައްސުލްތާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް ގެ އެދިވަޑައިގަތުމުގެ މަތީން މިކަލޭގެފާނު މާލެ ވަޑައިގަތްތަނާ  ރަދުން އަވަހާރަވީމާ ދިވެހި ތަޚްތަށް އިސްވެ ވަޑައިގަތީ އެވެ. ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ފުރަތަމަ މާލެ ވަޑައިގަތީ އިސްކަންދަރު ރަސްގެފާނު ގެ ރަސްކަމުގެ ފަހުކޮޅު ގައެވެ. އެދުވަސްވަރު މާލޭގެ ވަރަށް ގިނަ މީހުންނަށް އޭނާ ކިޔަވައިދެއްވާ އުޅުއްވިއެވެ. އޭނާގެ ދަރިވަރުންގެ ތެރެއިން އެންމެ ތަގްވާ ބޮޑު އެކަކީ އައްސުލްޠާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް އެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚްގައި ބަޔާންކުރައްވާފައިވަނީ ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު އަކީ ވިސްނުންތެރި، ޠާހިރު، ޢިލްމުވެރި ބޭފުޅެއްކަމަށެވެ. ޝަރީޢަތުގެ ޠަރަޙަތައް ގާއިމްކުރެއްވި، މީސްތަކުންގެ މެދުގައި އިންޞާފު ހިންގެވި، ވެރިއެއް ކަމުގައެވެ. އިންޞާފު ހިންގެވުމުގައި މުއްސަންޖެއް، ފަޤީރެއް، މޮޅުމީހެއް، ދެރަމީހެއް، ތަފާތެއް ނުކުރައްވައެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ވެސް ގަނޑުވަރުތެރޭގައި ވައުޡު ވިދާޅުވެ، ދީނީ އިރުޝާދު، ބައެއް މީސްތަކުންނަށް ދެއްވާ ހެއްދެވިއެވެ. 

އެރަދުންގެ އެންމެ ބޮޑު ގަޞްދުފުޅެއް ކަމުގައިވަނީ ހުކުރު މިސްކިތް ބޮޑުކުރެއްވުމެވެ. ނަމަވެސް އެކަންވެވަޑައިނުގެން އުޅުއްވަނިކޮށް، ރަމަޟާން މަހުގެ ތެރޭގައި، ހުންފުޅުއައިސް، ބޭރަށްހިންގުމުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން، ހިޖުރައިން 1103 ވަނަ އަހަރުގެ ޝައްވާލު މަހުގެ 25 ވަނަ ދުވަހު ފުރައުއްތަ ވެއްޖެއެވެ. ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު ފަސްދާނު ލެވިފައިވަނީ މެދު ޒިޔާރަތުގެ ތެރޭގައި އަބުލްބަރަކާތުލް ބަރުބަރީގެ ފާނުންގެ މަހާނަ ފުޅުގެ ކައިރީގައެވެ. އަވަހާރަވުމާއި ވަރަށް ކައިރިވެފާ ވަނިކޮށް، އެރަދުން އައްސުލްޠާން މުޙައްމަދު މުޙުޔިއްދީނުލް ޢާދިލް ކައިވެނި ބައްލަވައިގެން އުޅުއްވި، މަރިޔަމް ކަނބާއާއި ކައިވެނި ބައްލަވައިގަތެވެ. މިރަދުން ރަސްކަން ކުރެއްވީ 4 މަހާ 25 ދުވަސް ވަންދެނެވެ. 




#Article 218: ސުލްޠާން މުޙައްމަދު (ހަތަރުވަނަ) (251 words)


 ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އަކީ މީލާދީން 1692 ން 1701 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1104 ން 1112 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1104 ވަނަ އަހަރުއެވެ.

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) ސިރީ ކުލަ ރަންމަނި މަހާ ރަދުންނަކީ އައްޑޫ މުޙައްމަދު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައްޙާއްޖު ޢަލީ ތުއްތުކަލާގެ ދަރިކަލެކެވެ. ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު އަވަހާރަވުމަށްފަހު، ދިވެހިރާއްޖޭގައި ކުރިއަށް ތިބި މީހުންނާއި، ރައްޔިތުން ތަޚްތަށް އިސްކުރުމަށް އެދުނީ، ޤާޟީ މަޙުމޫދުގެ ދަރިކަލުން ޚަތީބު މުޙައްމަދު ސިރާޖުއްދީނު އެވެ. 

މުޙައްމަދު ސިރާޖުއްދީނު އަކީ ވަރަށް ޢިލްމުވެރި ދީންވެރި ބޭކަލެކެވެ. އޭނާ ކައިވެނި ކުރައްވައިގެން އުޅުއްވަނީ އިސްކަންދަރު ރަސްގެފާނު އަށް ބޮޑުބޭބެ ވިދާޅުވާ އާމިނާ ކަނބާދި ކިލެގެ އާއެވެ. އެކަލޭގެފާނު ރަސްކަމަށް އިސްކުޅައުމަށްޓަކައި، ރައްޔިތުން އުޅޭކަން އެނގިވަޑައިގެން، އެރޭމެ އޭނާ މާލެ ދޫކުރައްވައި، ހައްދުއްމައްޗަށް ވަޑައިގެން ފުނަދޫ ގައި ވަޒަންވެރިވެ ވަޑައިގަތެވެ. 

ދެން މާލޭގައި ތިބި މީހުންގެ ތެރެއިން ތަޚްތަށް އިސްކުޅައުމަށް، އެންމެ އެކަށީގެންވާ މީހެއްކަމަށް ފެނުނީ ޢަލީ ތުއްތު ކަލާގެ މުޙައްމަދު އެވެ. ލަސްތަކެއް ނުވެ އެމަގާމަށް އޭނާ އިސްކޮށްފި އެވެ. ބުނެވެނީ އޭނާ އެމަގާމަށް އިސްކުރެވުނީ ނުސާފު ކަމާއި، ރިޝްވަތުގެ ބާރާއި ލައިގެން ކަމަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު، އޭނާ ކައިވެނި ބައްލަވައިގަތީ އޭނާގެ ކުރިން ރަސްކަމުގައި ތިއްބެވި ދެރަސްކަލުން ކައިވެނި ބައްލަވައި ގެންނެވި މަރިޔަމް ކަނބާފާނު އާއެވެ.  މިރަދުން ރަސްކަމަށް އިސްކުރެއްވުމާއެކު އޭނާ ކުރިން ހުންނެވި ފަނޑިޔާރު ކަމުގެ މަގާމަށް ޙަސަން ތާޖުއްދީނު އިސްކުރައްވައިފި އެވެ. ބޮޑު ބަނޑޭރިކަން ދެއްވީ މުލީ އަލްވަޒީރު މުޙައްމަދު ތަކުރުފާނު އަށެވެ. 

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ ފަނޑިޔާރުކަމުގައި 14 އަހަރު ހޭދަކުރެއްވުމަށް ފަހުގައެވެ. އޭނާއާއި ޙަސަން ތާޖުއްދީނު އާއި ދެކަލުންނަކީ ވެސް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ ދަރިވަރުންނެވެ. 

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އަކީ ބުއްދިވެރި ޢިލްމު ވެރި ރަސްކަލެކެވެ. ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިވުމުގައި ދެމިހުންނެވި ބޭކަލެކެވެ. ދައުލަތުގެ ޚަޒާނާއިން ޢިލްމުވެރިންނަށާއި ނިކަމެތިންނަށް އެހީތެރިވެ ވަޑައިގަންނަވައެވެ. އެތަކެއް މިސްކިތެއް ބިނާކުރައްވާ އާރާސްތު ކުރެއްވި އެވެ. ވީރާނާވެފައިވާ މިސްކިތްތައް އާކުރެއްވި އެވެ. މާތް މަގުޞަދު ތަކަށް ވަގުފު ކުރެވިފައިވާ ބިންތަކުގެ މައްޗަށް ހުރުމަތްތެރިކަން ބެހެއްޓެވިއެވެ. 
ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އަވަހާރަވީ ހިޖުރައިން 1112 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 6 ވަނަ ދުވަހުގައެވެ. ރަސްކަން ކުރެއްވީ 7 އަހަރާއި 5 މަހާއި 10 ދުވަހުގެ މުއްދަތަށެވެ. 




#Article 219: ސުލްޠާން ޢަލީ (ހަތްވަނަ) (198 words)


 އަކީ މީލާދީން 1700 ން 1701 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1112 ން 1113 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1112 ވަނަ އަހަރުއެވެ.

ސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާ ރަދުންނަކީ ރަސްކަމަށް ވަޑައިގަތުމުގެ ކުރީގައި އަލްވަޒީރު ޢަލީ ޝާހް ބަންދަރު އެވެ. އޭނާގެ ބައްޕާފުޅަކީ އަލްވަޒީރު އިބްރާހީމް ޝާހް ބަންދަރުއެވެ. 

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އާލާސްކަންފުޅު ބޮޑުވާން ފެށުމުން، ރަދުންގެ އަނބިކަބަލުންގެ ބޮޑު ބޭބެއެއް ކަމުގައިވާ ޢަލީ ޝާހް ބަންދަރު އާއި، ކުރެންދޫ ޢަލީ ޚަޠީބު ތަކުރުފާނު އާއި، ދެކަލުން އެއްބަސްވުމުން، ރަދުންގެ ގާތްތިމާގެ ބޭފުޅުން ރަދުންނާއި ބައްދަލުވެ ވަޑައިގަތުމަށް، އޭނާ އޮންނެވިތަނަށް ވެދެވަޑައިގެންނެވުން މަނާކޮށްލެއްވި އެވެ. ބޭނުމެއް ކަމަށް ބުނެވެނީ ރަދުންގެ ދައިތާފުޅުގެ ދަރިކަލުން ރަސްކަމަށް އިސްކުރެއްވުމަށް އައްޔަން ކުރައްވާން ރަދުން ގަސްދުކުރައްވާކަން އެގިގެން އެކަން ވިޔަނުދިނުމެވެ. ރަދުން އަވަހާރަވުމަށްފަހު ރަދުންގެ އަމުރުފުޅަކީ އެއީ ކަމުގައި ހަދައިގެން ރަދުންގެ ދައިތާފުޅާއި، އޭނާގެ ބޭފުޅުން ހުވަދު އަތޮޅު ދެއްވަދޫ އަށް އަރުވާލެއްވި އެވެ. 

ރަދުން އަވަހާރަވިތާ ދެތިން ދުވަހެއްގެ ތެރޭގައި ޙަސަން ތާޖުއްދީން މާލެ ދޫކުރައްވައި މައްކާ އަށް ވަޑައިގަތުމަށް ދަތުރު ފައްޓަވައިފި އެވެ. ދެން ރަސްކަމަށް އިސްވެ ވަޑައިގަތީ ޢަލީ ޝާހް ބަންދަރު އެވެ. އެއަށްފަހު ޝާހް ބަންދަރުކަން ދެއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އިބްރާހީމް އަށެވެ. ބެރުވެރިޔަކަށް ހުރި މީހާއަށް ދެއްވީ ފާމުދޭރި ކަމެވެ. ފަނޑިޔާރުކަމަށް އިސްކުރެއްވީ ވަރަށް ވެސް ޖާހިލު މީހެއްކަމަށްވާ ޢަލީ ޚަޠީބު އެވެ. 

އައްސުލްޠާން ޢަލީ އަކީ އިސްކޮޅުން ކުރު ކަޅު ބޭފުޅެކެވެ. ރައްޔިތުންނާއި މެދު ކަންތައް ކުރައްވަމުން ގެންދެވީ ނުހަނު އަނިޔާވެރި ބޭއިންޞާފު ގޮތެއްގެ މަތީންނެވެ. ލަސްތަކެއްނުވެ އައްސުލްޠާން ޢަލީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ހިޖުރައިން 1113 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 24 ވަނަ ދުވަހުގައެވެ. ރަސްކަން ކުރެއްވީ 9 މަހާއި 9 ދުވަސް ވަންދެނެވެ. 




#Article 220: ސުލްޠާން ޙަސަން (ދިހަވަނަ) (112 words)


 އަކީ މީލާދީން 1701 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1113 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1113 ވަނަ އަހަރުއެވެ.

ސުލްޠާން ޙަސަން (ދިހަވަނަ) އަކީ ސުލްޠާން ޢަލީ (ހަތްވަނަ)ގެ ދަރިކަލެކެވެ. ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު އޭނާގެ އުމުރުފުޅުން އޮތީ 13 ނުވަތަ 14 އަހަރު ފުޅަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރަސްކަމުގެ ކަންތައްތައް ހިންގަން ހަވާލުކުރެއްވީ އޭނާގެ ދެބެންދެދަރި އިބްރާހީމް ޝާހް ބަންދަރު އެވެ. 

ސުލްޠާން ޙަސަން (ދިހަވަނަ) ރަސްކަމަށް އިސްވެވަޑައިގަތްތާ ދުވަސްކޮޅެއްވީތަނާ އިބްރާހީމް ޝާހް ބަންދަރު އާއި، ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުންގެ ޙަސަން ހަކުރާ ތަކުރުފާނާއި، މާލޭ ޢަބުދުލް ޙަކީމް އާއި 3 ކަލުން، އެއްބަސް ވެފައި ސުލްޠާން ޙަސަން (ދިހަވަނަ) ރަސްކަމުން ދުރުކޮށްލައިފި އެވެ. 

ދެންރަސްކަމަށް އިސްވެ ވަޑައިގަތީ އިބްރާހީމް ޝާހް ބަންދަރު، އެވެ. އެއީ ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ގެ ނަންފުޅުގައެވެ. އޭނާ ރަސްކަމަށް އިސްވުމަށްފަހު ރަސްކަމުން ދުރުކުރެވުނު ސުލްޠާން ޙަސަން (ދިހަވަނަ) ގެ މައްޗަށް އޯގާތެރިކޮށް ހިއްތެވިކަމަށް ބުނެވެއެވެ.




#Article 221: ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު (543 words)


 ނުވަތަ ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އަކީ މީލާދީން 1701 ން 1705 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުންނަކީ އައްސުލްޠާން ޙަސަން ރަސްގެފާނުގެ ބޮޑު ބޭބޭގެ ދަރިކަލުންނެވެ. 

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 1113 ވަނަ އަހަރު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ފަނޑިޔާރުކަން ދެއްވީ ޢަބުދުލް ޙަކީމް އަށެވެ. ރަދުންގެ އެއް ކޮއްކޯފުޅު އިސްކުރެއްވީ ހަނދޭގިރި ކަމަށެވެ. އަނެއް ކޮއްކޯ ފުޅަށް ދެއްވީ ޝާހް ބަންދަރު ކަމެވެ. ބޮޑުވަޒީރު ކަމުގައި ޚިޔާރުކުރެއްވީ ދިޔަމިގިލީ މުޙައްމަދު އެވެ. އެއީ އިބްރާހީމް ދޮށިމޭނާ ތަކުރުފާނުގެ ދަރިކަލުންނެވެ. 

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ރަސްކަމުގެ ވަރަށް ކުރީކޮޅުގައި މާވެޔޮދޮށު މިސްކިތް މައްޗަށްގޮޅީގައި އާރާސްތު ކުރެއްވި އެވެ.

މިރަދުން ޙައްޖަށް ވަޑައިގަތުމުގެ ނިޔަތުގައި ހިޖުރައިން 1115 ވަނަ އަހަރު ދަތުރުފުޅު ތައްޔާރު ކުރެއްވި އެވެ. އެދަތުރުފުޅުގައި މާލެއިން ނުކުމެ ވަޑައިގަތީ ނަވަކާއި، ބޮޑު 4 އޮޑީގައެވެ. މިއުޅަދުތައް ވަނީ ކާއްޓާއި، މަހާއި، ބޮއްޔާއި، އަދި އެހެނިހެން ތަކެތީން ބަރާވެފައެވެ. އެއެއްޗެތީން ބަޑިވެސް ގެންދިޔަ ކަމުގައި ބުނެވެއެވެ. 

ޙައްޖަށް ދިއުމަށްޓަކައި މާލެއިން ފުރާވަޑައިގަތީ 10 ރަމަޟާން 1115ހ ގައެވެ. އަރިހުގައި ގެންދެވި މީހުންގެ ތެރޭގައި އެންމެ ފަހުން ހުންނެވި، ޙަސަން ރަސްގެފާނު، ރަދުންގެ ކޮއްކޯފުޅު، އަދި ޢަބުދުލް ޙަކީމް ފަނޑިޔާރު ކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. ދަތުރުކުރައްވަމުން ވަޑައިގަތީ ޖިއްދާ އަށެވެ. އެތަނުން މައްކާއަށް ވަޑައިގެން ޙައްޖުވެ ވަޑައިގަތުމަށްފަހު، ޢަބުދުލް ޙަކީމް އާއި ރަދުންގެ ބައެއް ތިމާގެ ބޭފުޅުން ކަށިވިދުރީގެ ވަބާއެއްގައި ނިޔާވެއްޖެއެވެ. އެއާލާސްކަންފުޅު ރަދުންނަށް ވެސް ހިސާބަކަށް ޖެހިވަޑައިގަތެވެ. 

ޙައްޖު ދަތުރު ނިންމަވާލެއްވުމަށްފަހު ސަލާމަތުން ތިބި މީހުންނާއިގެން މާލެ ވަޑައިގަތުމަށްޓަކައި ރަދުން ޖިއްދާއިން ފުރާވަޑައިގަތީ 23 ޞަފަރު 1116 ހ ގައެވެ. ދަތުރުމަތީގައި އެއުޅަދުތަކާއި ދިމާވީ، ވަރަށް ގަދަ ވިއްސާރަ ގަޑަކާއި ދިމާވި އެވެ. 4 އޮޑީގެ ތެރެއިން 3 އޮޑި ކޮޅިގަނޑުގެ ތެރޭގައި ހަލާކުވެގެން ހިގައްޖެއެވެ. ސަލާމަތްވި އޮޑީގެ މީހުން މާލެއައިސް ޚަބަރު ދިނީ ރަދުންނާއި، އެހެނިހެން އެންމެން، ވިއްސާރަ ގަނޑުގެ ތެރޭގައި ނެތި ހިގައްޖެ ކަމުގައެވެ. ނަމަވެސް ހަގީގަތަކީ ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އާއި، ސުލްޠާން ހަސަން ތިއްބެވި ނަވަށް ވަރަށް ދަތި ހާލު ޖެހުމަށްފަހު ސޫރަތު ކައރީ ރަށަކަށް ދެވުމެވެ. އެތަން ތަނެއްގައި ފައިންޕުޅާ ހިންގެވުމަށްފަހު، އެދެބޭފުޅުންނަށް ސޫރަތަށް ވަޑައިގެންނެވުނެވެ. 

ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ރަދުން ގެއްލުނު ޚަބަރު ލިބުމުން ވަރަށް ބޮޑު ގަޑުބަޑެއް މެދުވެރި ވިއެވެ. އެކަކަށްވުރެ ގިނަ މީހުން ތަޚްތަށްޓަކައި، ދަޢުވާ ކުރިއެވެ. އެންމެ ފުރަތަމަ ރަސްކަމަށް އެރުމަށް އުޅުއްވީ އިބްރާހީމް ރަދުންގެ ކޮއްކޯފުޅު، ޙުސައިން ޝާހް ބަންދަރު އެވެ. އެއެދުން ފުޅުގައި ސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އަބިކަބަލުން ގަނޑުވަރުން ބޭރަށް ލައްވާން އުޅުއްވަނިކޮށް ބޭޒާރުވީ އެވެ. ނަތީޖާއެއްގެ ގޮތުން ޝާހް ބަންދަރު އާއި އޭނާގެ އަނބި ދަރިން ނައިފަރު އަށް އަރުވާލެއްވިއެވެ. 

ދެން ތަޚްތާއި ދިމާކޮށްލެއްވީ ބޮޑު ވަޒީރަކަށް ހުންނެވި މުޙައްމަދު ދޮށިމޭނާ ތަކުރުފާނު (ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ) އެވެ. ރަދުންގެ އަނބިކަބަލުންނާއި، ތުއްޕުޅު ދަރިކަލުން އެކަމަނާގެ ރަށަށް ފޮނުވާލެއްވުމަށްފަހު، މުޙައްމަދު  ދޮށިމޭނާ ތަކުރުފާނު ގަދަ ބަދަވިކަމާއެކު، ރަސްކަމަށް އަރާ ވަޑައިގަތެވެ. މިކަން ހިނގީ 22 ޝަޢުބާން 1116ހ ގައެވެ. 

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި ، އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ތިއްބެވި، އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި، އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު އާއި، ދެބޭފުޅުން ސޫރަތުން ނަވެއްގައި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އަށް ވަޑައިގެންފި އެވެ. އެތަނުން އެބޭފުޅުން އޮޑިއެއްގައި ދަތުރުކުރައްވަން ފެއްޓެވީ މާލެއަށެވެ. މަޤްޞަދަކީ ސިއްރުފުޅުން މާލެ ފައިބާ ވަޑައިގެންނެވުމެވެ. ނަމަވެސް މާލެ އަރާވަޑައިނުގެން އުޅެނިކޮށް، އެބޭފުޅުން ވަޑައިގަންނަވާކަން ފާޅުވެއްޖެއެވެ. ނަތީޖާއަކަށްވީ މާލެއިން ދިޔަ އޮޑިތައް މަކުނުދޫ އާއި ހަމައިން، އެބޭފުޅުން އަތުލައި ގަނެގެން، މާލެ ގެނައުމެވެ. އެދެބޭފުޅުންމެ އަރުވާލީ ޏ.ފުވައްމުލަކަށެވެ. އޭގެ ދުވަސް ކޮޅެއްފަހުން އައްސުލްޠާން ޙަސަން (ދިހަވަނަ) ފުވައް މުލަކުން އައްޑު އަތޮޅު ހިތަދޫ އަށް ފޮނުވާލައްވައިފި އެވެ. އޭނާ އަވަހާރަވީ ހިޖުރައިން 1128 ވަނަ އަހަރު އެވެ. އެއީ އަރުވާލައްވާފައި ހުންނަވާތާ 6 އަހަރުވި ފަހުންނެވެ. 

ދުވަސްކޮޅަކު އަރުވާލެވިފައި ހުންނެވުމަށްފަހު އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ނުވަތަ އިބްރާހީމް ރަދުން، އެރަށުން ސަލާމަތްވެ ވަޑައިގެން ސިލޯނުގެ، ގާލީއަށް ވަޑައިގެންނެވި ކަމުގައި ބުނެވެއެވެ. ގާލީ އިން އޭނާ ވަޑައިގެންނެވި ކަމުގައި ބުނަނީ މަދަރާސީ އަށެވެ. އެތަނުން ބަންގާޅު އަށެވެ. ބަންގާޅުގައި އަހަރު ދުވަހު ހުންނެވުމަށްފަހު، އިންޑިޔާގެ ފާރޫޤް ޝިޔާރު އޭ ކިޔޭ ރަސްކަލެއްގެ އެހީތެރިކަމާއެކު، މާލެއާއި ދެކޮޅަށް ވަޑައިގަތުމަށް އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު ތައްޔާރު ކުރެއްވި އެވެ. 

އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު މާލެ ވަޑައިގެންނެވީ ދެނަވާއި ބަގަލާއެއްގައެވެ. އޭނާގެ ލަސްކަރާއި މާލޭގެ ލަސްކަރު ބައްދަލުވީ، 23 ރަބީޢުލް އައްވަލް 1123ހ ގައެވެ. މާލޭގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ މާލޭގެ ބުރުޒު ތަކުންނެވެ. އިބްރާހީމް ރަދުންގެ ލަސްކަރުން ބަޑިޖަހަމުން ގެންދިޔައީ ބޭރު ބަދަރުންނެވެ. އެދުވަހު ހަވީރު ވުމަށްފަހު ބޭރުން ދިޔަ އުޅަދުތައް ދޫނިދޫ ބޭރަށް ހިގައްޖެއެވެ. 

ކުރިން ބުނެވުނު އުޅަދުތައް އެތައް ދުވަހެއް ވަންދެން ދިވެހިރާއްޖޭގައި، ދައުލަތާއި ދެކޮޅަށް ދުއްތުރާތައް ދެއްވަން އުޅުއްވުމަށްފަހު، 26 ޖުމާދިލް އާޚިރު 1123 ހ ގައި އިބްރާހީމް ރަދުން މާލެ ދޫކުރައްވައި، ބަންގާޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ. މާލެ އަތޮޅުން ވަކިވެ ވަޑައިގަތުމުގެ ކުރީގައި ވިލިގިލީގައި ހުންނަ މިސްކިތް ހަލާކުކޮށްލީ ކަމުގައި ބުނެވެއެވެ. 




#Article 222: ޖަޕާނު (394 words)


ޖަޕާނަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާ ޤައުމު އެކުލެވިގެންވަނީ 6852 ރަށުގެ މައްޗަށެވެ. ޖަޕާނަކީ އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގައި 10 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަކީ، މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު މެޓްރޮޕޮލިޓަން އޭރިޔާއެވެ. މި ސަރަޙައްދުގައި އެކަނި 30 މިލިޔަން މީހުން ދިރިއުޅެއެވެ.

ޖަޕާނުގެ ރަސްމީ ބަހެއް ކަނޑައެޅިފައެއް ނޯވެއެވެ. އެހެން ނަމަވެސް ޤައުމީ ބަހަކީ ޖަޕަނީޒް ބަހެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ ބައެއް ބަސްބަސް ރިކޮގްނައިޒް ލެންގުއޭޖަސްގެ ގޮތުގައި ބެލެވެމުންދެއެވެ. އެންމެ ބޮޑު ޝަހަރަކީ ޓޯކިޔޯއެވެ. އަދި ވެރިކަން ކުރަނީ ވެސް ޓޯކިޔޯގައެވެ. ޖަޕާނަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޖަޕާނުގެ އެމްޕެރަރ ކަމުގެ މަޤާމުގައި މިވަގުތު އިންނެވީ އަކިހީޓޯއެވެ. ބޮޑުވަޒީރަކީ ޔުކިޔޯ ހަޓޮޔާމާއެވެ.ޖަޕާނުގެ އާބާދީއަކީ 128 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 38457 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.38 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ jp. އެވެ. ކޯލިން ކޯޑަކީ +81 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޖަޕަނީޒް ޔެންއެވެ.

ޖަޕާނުގެ ނަމުގައި ހިމެނޭ ކެރެކްޓަރތަކުގެ މާނައަކީ “އިރަށް ނިސްބަތްވާ” ނުވަތަ “އިރުން އުފެދިގެންވާ” އެވެ. ޖަޕާނަށް “ލޭންޑް އޮފް ދަ ރައިޒިން ސަން” އޭ ކިޔަނީ ވެސް އެހެން ވެގެންނެވެ. ޖަޕާނަށް އެ ޤައުމުގެ ބަހުން ކިޔަނީ “ނިއްޕޮން”ނުވަތަ “ނިއްހޮން” އެވެ.މި ދެނަން ވެސް އިނގިރޭސި ބަހުން ތަރުޖަމާ ކުރެވިފައިވަނީ “ލޭންޑް އޮފް ދަ ރައިޒިން ސަން” މި ގޮތަށެވެ. ޖަޕާނު މީހުންނަށް އެމީހުންގެ ބަހުން ކިޔަނީ “ނިހޮންޖިން” އެވެ. އެމީހުންގެ ބަހަށް ކިޔަނީ “ނިހޮންގޯ”އެވެ. 

ޖަޕާނު އޮތީ ޕެސިފިކްގެ ކަނޑުގައި ޗައިނާ އާއި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އާއި ރަޝިޔާގެ އިރުމަތީގައެވެ. 

އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ޖަޕާނުގައި އަޕަރ ޕެލިއޮލިތިކް ޒަމާނުގައި ވެސް މީހުން އުޅެފައިވެއެވެ. އެންމެ ފުރަތަމައަށް ޖަޕާނުގެ ވާހަކަ ނަންގަނެވިފައިވަނީ ޗައިނާގެ ތާރީޚީ ލިޔުންތަކުގައެވެ. އެއީ މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައެވެ. ޖަޕާނަށް ބުދިޒަމް އައިސްފައިވަނީ ކޮރެއަން ޕެނިންސޫލާއިިންނެވެ.
ޖަޕާނުން ވަނީ 1937 ވަނަ އަހަރު ޗައިނާގެ ބައެއް ތަންތަނަށް ޙަމަލާދީފައެވެ. މި ގޮތުން ޖަޕާނު ޗައިނާ ހަނގުރާމަ 1937 އިން 1945 އަށް ހިނގިއެވެ. 
ޖަޕާނުން އެ ޤައުމުގެ ފައުންޑޭޝަން ދުވަހެއްގެ ގޮތުގައި ބަލަނީ 11 ފެބްރުއަރީ 660 މ.ކ. އެވެ. މ.ކ ގެ މަޠުލަބަކީ ޢީސާއީ މީލާދުގެ ކުރި، ނުވަތަ ބީ.ސީ އެވެ. ދެން އޮތީ އެ ޤައުމުގެ ކުރީގެ ޤާނޫނު އަސާސީ ހިންގަން ފެށި ދުވަހެވެ. އެއީ ނޮވެންބަރު 29، 1890 އެވެ. މިހާރުގެ ޤާނޫނު އަސާސީ އަކީ 3 މެއި 1947 ގައި ހިންގަން ފެށުނު ޤާނޫނު އަސާސީއެކެވެ. މީގެ އިތުރުން ޖަޕާނުގެ ތާރީޚުގައި މުހިއްމު އެކައްޗަކީ ސެންފްރާންސިސްކޯ ޓްރީޓީއެވެ. އެޕްރީލް 28، 1952 ގައި ސޮއިކުރެވުނު ޓްރީޓީއެކެވެ.

ޖަޕާނުގެ މީހުންނަކީ ބަހުގެ ގޮތުންނާއިި ސަގާފީ ގޮތުން މާ ބޮޑަށް އިތުރުވެގެން ދިއުމުގެ މައްސަލައެވެ.

ޖަޕާނުގެ 36 އިންސައްތަ މީހުންނަކީ ބުޑިސްޓުންނެވެ. 2 އިންސައްތައަކީ ނަޞާރާއިންނެވެ. އާބާދީގައި މުސްލިމުން ހިއްސާކުރަނީ 0.5 އިންސައްތައަށް ވުރެ ވެސް މަދުންނެވެ. ބައިމަދު ދީންތަކުގެ މީހުން ފިޔަވައި ދެން ބާކީތަބި ގިނަ މީހުންނަކީ މުލްހިދުންނެވެ.

ޖަޕާނުގެ އާބާދީއަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ދުނިޔޭގެ އެހެން މީހުންނާ މާބޮޑު ގުޅުމެއް ނެތި، އެކަހެރިކޮށް އުޅުނު ބަޔަކަށް ވާތީ، އެ ޤައުމުގެ ސަގަފީ ކަންތައްތަކުން ވެސް މި އެކަހެރި ކަމާއި ތަފާތު ފެންނަން އެބައޮތެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރުގައި ޖަޕާނަކީ މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. ޖަޕާނުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 38457 ޑޮލަރެވެ.
އިޤްތިޞާދީ ގޮތުން ޖަޕާނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ އެ ޤައުމުގައި ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސްފައި އޮތް މިންވަރު ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައިވާތީއެވެ.




#Article 223: ވަންދޫ (ތ. އަތޮޅު) (109 words)


ވަންދޫއަކީ އަތޮޅުގެ ހުޅަނގުބިތުގައި މިއަތޮޅު އެންމެ ހުޅަނގުން އޮންނަ ކަނޑޫދޫގެ އިރުދެކުނުން އޮންނަރަށެވެ. 

މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ހަތަރުދުންޏަށް ބެހިފައިވާއިރު އެއްވެސް  ދުންޏަކާ ނުގުޅި ވަކިންއޮންނަ މިރަށަކީ އަތޮޅުގެ ވެރިކަންކުރާރަށް ވޭމަންޑޫ އާއި 11 ނޯޓިކަލް މޭލު ދުރުގައިވާ ރަށެކެވެ. ރަށްޖިއޮގުރަފީ ގޮތުން އޮތް GPS ޕޮޒިޝަނަކީ 72.56.30E, 02.17.25N އެވެ. ބޮޑުމިނުގައި 23 ހެކްޓަރހުރި މިރަށަކީ މިހާރު ބަނދަރު ހަދައި ނިމިފައިވާ ރަށެކެވެ.

ތާރީޚީ ނަޒަރަކުން  ބަލާއިރު ، އެއްޒަމާނެއްގައި ރާއްޖޭގެ މަސްހޫރުވި ވަންދޫ ނެވި މުހައްމަދު ހިމެނެއެވެ. މިނެވި މުޙައްމަދަކީ އެއިރު ރާއްޖޭގައިހުރި އެންމެ މުއްސަދި މީހާކަމަށް ބުނެވެއެވެ. 1911 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ބޯހިމެނިއިރު ވަންދުއަކީ މިއަތޮޅުގެ އާބާދީ އެންމެ ބޮޑު 580 މީހުން ދިރިއުޅޭ ބޭރުން މުދާގެންނަ ނައުފަހަރު މާލެދިޔުމުގެ ކުރިން ފުރަތަމަ ބަނދަރުކުރަނީ ވަންދޫގައިކަމަށް ބުނެވެއެވެ.

ވަންދޫއަކީ އާބާދީގައި 371 މީހުން ހިމެނޭ ދިރިއުޅުމަށް މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަންކުރާ ،  ބަނދަރު ހެދި ، ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމް ދެމުންގެންދާ ރަށެކެވެ.




#Article 224: ބުރުނީ (ތ. އަތޮޅު) (123 words)


ބުރުންޏަކީ  އަތޮޅުގެ ވެރިކަންކުރާރަށް ވޭމަންޑޫ އާއި ގާތްގަނޑަކަށް 22 ނޯޓިކަލް މޭލު ދުރުގައި ދ އަތޮޅުގެ ބައެއްރަށްތަކާ ކައިރީގައިވާ ރަށެއް. 

ބޮޑުމިނުގައި 30.5 ހެކްޓަރ ހުރި މިރަށުގެ މީހުން ދިރިއުޅުމަށް ކުރާމައިގަނޑު މަސައްކަތަކީ މާލެއާއި ރިސޯޓްތަކުގައި މަސައްކަތްކުރުމާ މަސްވެރިކަމާއި ފަންވިނުމުގެ އިތުރުން ދަނޑުވެރިކަމެވެ.

ކުރިއްސުރެ ދިވެހިންގެތެރޭގައި މަޝްހޫރު ދޮންހިޔަލަ އާއި ޢަލިފުޅު ދިރިއުޅުނުކަމަށް ބުނެވޭ ބުރުނީގައި ދޮންހިޔަލަ ކަމަނާ ދިރިއުޅުނުކަމަށްބުނާ  ވަޅުގަނޑުވަރު ހުރިތަނުގެ ގާގަނޑާއި އަދި ކަމަނަ އޮޅޭކިޔާތަނާ ހީނާދަނޑު ކޯމަސްދަނޑު، އަދި ކަމަނާ މިސްކިތޭކިޔާ މިސްކިތެއްވެސް މިރަށުގައި ހުރޭ. 2004 ޑިސެމްބަރ 26 ގައި ދިމާވި ހިތާމަވެރި ސުނާމީގެ ކާރިސާއަށްފަހު ވަގުތީގޮތުން ވިލުފުށީ ރައްޔިތުންގެ ގިނަމީހުން ދިރިއުޅުމަށް ބުރުނީގައި ހަދާފައިވާ 38 ވަގުތީހިޔާގެ 152 އެޕާޓްމަންޓްގައި .  ވިލުފުށީގެ 1225 މީހުންން ދިދިރިއުޅެފައިވޭ  މިރަށަކީ ބަނދަރު ހެދިފައިވާ ، ތިމާވެށީގެގޮތުން މުއްސަދި ރަހެއް.
 ތ އަތޮޅުގެ ރަށް ތަކުގެ ރެރެއިން ބުރުނި ފާހަގަ ކުރެވެނީ މީހުން ދިރި އުޅޭ ހިސާބަށް ވުރެ 
މީހުން ނޫޅޭ ހިސާބު ވާ ބޮޑު ރަށެއްގެ ގޮތުގައެވެއަދި މީހުން ދިރިއުޅޭ އަވަށު ތެރޭގަވެސް ހުސް ބިން ގިނަކަމށް ފާހަގަ ކުރެވެއެވް. މި ވާހަކަ ތ.އަތޮޅު ބަނދިންވެސް ފާހަގަ ކުރެވެއެވެ.




#Article 225: ބުރެޒިލް (419 words)


ބުރެޒިލް ނުވަތަ ފެޑެރޭޓިވް ރިޕަބްލިކް އޮފް ބުރެޒިލް އަކީ ދެކުނު އެމެރިކާ ސަރަޙައްދުގައި އޮތް ޤައުމެކެވެ. ޖޯގުރަފީގެ އަކަމިނަށް ބަލާއިރު ބުރެޒިލަކީ ފަސްވަނައަށް އެންމެ ބޮޑު ޤައުމެވެ. ހަމަ އެހެންމެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކީ ވެސް ބުރެޒިލްއެވެ. އަދި ހަމަ އެހެންމެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޑިމޮކްރަސީއަކީ ވެސް ބުރެޒިލްއެވެ.
ބުރެޒިލް ކުރިން އޮތީ ޕޯޗުގަލްގެ ކޮލޮނީއެއްގެ ގޮތުގައެވެ. އެއީ މީލާދީން 1500 ވަނަ އަހަރުން ފެށިގެން 1822 ވަނަ އަހަރާ ހަމަޔަށެވެ. 1889 ވަނަ އަހަރުން ފެށިގެން ބުރެޒިލްއަކީ ޖުމްހޫރީ ވެރިކަމެެއް ހިނގާ ޤައުމެކެވެ. ބުރެޒިލްގެ މިހާރުގެ ޤާނޫނު އަސާސީ ބުނާ ގޮތުން ބުރެޒިލްއަކީ ފެޑެރަލް ޖުމްހޫރީ ދައުލަތެކެވެ. ބުރެޒިލްގެ އިޤްތިޞާދަށް ގެނެވުނު ހެޔޮ ބަދަލުތަކާއެކު ބުރެޒިލް މިއަދު ވެފައިވަނީ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ސަމާލުކަން ދޭ ޤައުމަކަށެވެ.

ބުރެޒިލްއަށް ބުރެޒިލްއޭ ކިޔުނީ ކީއްވެގެން ކަމާމެދު ވަކިގޮތެއް މުޅީން ނިމި ކަނޑައެޅިފައެއް ނުވެއެވެ. ބުނެވޭ ގޮތުން އެ ޤައުމުގެ ނަން ނެގިފައިވަނީ ބުރެޒިލްވުޑު ނަމަކަށް ކިޔާ ގަހަކަށް ނިސްބަތްކޮށެވެ. ނުވަތަ ބްރާސާ-އިލް މި ގޮތަށް އުފެދުނު ނަމެއް ކަމަށް ވެސް ބުނެވެއެވެ. ބްރާސާއަކީ ފާޑެއްގެ ރަތްކުލައެކެވެ.

ބުރެޒިލްއަކީ މުޅި ދެކުނު އެމެރިކާ ބައްރުގެ ބޮޑުބައި ޙިއްޞާކުރާ ޤައުމެވެ. ދެކުނުން އެ ޤައުމުގެ ސީމާ އުރުގުއޭއާ އެކު ޙިއްޞާކުރާ އިރު، ހުޅަނގު ދެކުނުގެ ސީމާ ޙިއްޞާކުރަނީ އާޖެންޓީނާ އާއި ޕެރަގުއޭއާ އެކުގައެވެ. ހުޅަނގުން ބޮލީވިޔާ އާއި ޕެރޫއާ އެކުގައެވެ. ހުޅަނގު އުތުރުން ކޮލަންބިޔާއާ އެކުގައެވެ. އުތުރުން ފްރެންޗް ގިއާނާ އާއި ވެނެޒުއޭލާ އާއި ސުރިނާމާއި ގުޔާނާއާ އެކުގައެވެ. އެހެން ކަމުން ދެކުނު އެމެރިކާގެ ބައްރުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އިކުއެޑޯ އާއި ޗިލީ ފިޔަވައި ހުރިހާ ޤައުމަކާ އެކު ބުރެޒިލް ސީމާއެއް ޙިއްޞާކުރެއެވެ.
ބުރެޒިލްއަކީ މުޅި ދުނިޔެއަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު ޤައުމެވެ. އެއީ ރަޝިޔާ އާއި ކެނެޑާ އާއި އެމެރިކާގެ ފަހުންނެވެ. ބުރެޒިލްގައި ތިން ޓައިމް ޒޯނެއް އޮވެއެވެ. އެއީ ޖީ.އެމް.ޓީ -4 އާއި ޖީ.އެމް.ޓީ -3 އާއި ޖީ.އެމް.ޓީ -2 އެވެ.

މިއަދުގެ ބުރެޒިލްގެ ރަށްވެހިން އެ ޤައުމަށް އައިސްފައިވަނީ ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން އުތުރު އޭޝިޔާ (ސައިބީރިޔާ) އިން ބެރިން ލޭންޑް ބްރިޖު ހުރަސްކުރުމަށް ފަހުގައެވެ. މީލާދީ ގޮތުން 1500 ވަނަ އަހަރު ޔޫރަޕުގެ (ފުށެތިކާލުން) ޕޯޗުގީޒުން ބުރެޒިލްއަށް އައި އިރު 3 މިލިޔަން އެމެރިންޑިޔަނުންނެވެ. ބުރެޒިލްއަށް ޔޫރަޕުގެ މީހުން އައި އިރު އެތަނުގައި މިނިކާ މީހުން ތިބިކަމަށް އެމީހުން ބުނެއެވެ.

ބުރެޒިލްގައި މިއަދު ބޭނުންކުރާ ދިދައަކީ 1889 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަމުންދާ ދިދައެކެވެ. ބުރެޒިލްގައި މިހާރު ހިނގަމުންދަނީ 5 އޮކްޓޯބަރު 1988 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ޤާނޫނު އަސާސީއެކެވެ.

ބުރެޒިލް އަކީ ލެޓިން އެމެރިކާ ސަރަޙައްދުގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ. މުޅި ދުނިޔެއަށް ބަލާއިރު 9 ވަނަ ނުވަތަ 10 ވަނަ އެންމެ ބޮޑު އިޤްތިޞާދެވެ. ޖީ.ޑީ.ޕީ ޕަރ ކެޕިޓާ 10465 ޑޮލަރުގައި އޮތް ބުރެޒިލްއަކީ ޖީ 20 ގައި ވެސް ހިމެނޭ ޤައުމެކެވެ. 
ބުރެޒިލްގައި އުފައްދައި ބޭރުކުރާ މައިގަނޑު ތަކެއްޗަކީ މަތިންދާ ބޯޓާއި، ކޮފީއާއި، އޮޓޯމޯބައިލާއި، ސޯޔިބީނާއި، ދަގަނޑު އޯރާއި، އޯރެންޖު ޖޫހާއި، އިސްޓީލާއި، އިތަނޯލާއި، ޓެކްސްޓައިލާއި، ބޫޓުފައިވާނާއި، ކޯންޑް ބީފްގެ އިތުރުން ކަރަންޓުގެ ސާމާނެވެ. 2007 ވަނަ އަހަރުގައި ބުރެޒިލް އިން ވަނީ 300 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް އެ ޤައުމުގެ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަނޑައަޅާފައެވެ.

ބުރެޒިލްގެ އާބާދީގެ 49.4% އަކީ ދޮން މީހުންނެވެ. 42.3% މީހުންނަކީ ބުރައުން ޕަރްދޯއިންނެވެ. 7.4% މީހުންނަކީ ކަޅުމީހުންނެވެ. 0.5% މީހުންނަކީ އޭޝިޔާ ނަސްލުގެ މީހުންނެވެ. 0.4% މީހުންނަކީ ރެޑް އިންޑިޔަނުން ނުވަތަ އެމެރިންޑިޔަނުންނެވެ.

ބުރެޒިލްގައި ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާއިރު އެ ޤައުމުގެ ސަގާފަތަށް އެކިއެކި ނަސްލުތަކުގެ މީހުންގެ ސަގާފަތްތަކުގެ އަސަރު ފޯރާފައިވެއެވެ.

ކުޅިވަރުގެ ދުނިޔެއަށް ބަލާއިރު ބުރެޒިލްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވެމުންދާ ޤައުމެވެ. ބުރެޒިިލްގެ އެންމެ ބޮޑު ފުޓުބޯޅަ ޢީދަކީ ޕެލަޑާއޯ އެވެ.

ބުރެޒިލްގެ ރަސްމީ ބަހަކީ “ޕޯޗުގީޒު” ބަހެވެ. 




#Article 226: ރޫސީވިލާތް (533 words)


ރަޝިޔާ ނުވަތަ ރޫސީވިލާތަކީ ބިމުގެ ގޮތުން ބަލާއިރު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ޤައުމެވެ. އެއީ މުޅި ދުނިޔޭގެ ބިމުގެ އަށްބައިކުޅަ އެއްބައި ޙިއްޞާކުރާ ޤައުމެވެ.
އާބާދީގައި 142 މިލިޔަން މީހުން ތިބި ރަޝިޔާއަކީ އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގައި ނުވަވަނައަށް އެންމެ ބޮޑު އާބާދީ އޮތް ޤައުމެވެ.
ދުނިޔޭގައި ހުރި ހަކަތަ އުފައްދާ ވަސީލަތްތަކުގެ އެންމެ ބޮޑު ރިޒަރވެއް ހުރީ ރަޝިޔާގައެވެ. އެހެން ކަމުން ރަޝިޔާ ބެލެވިފައިވަނީ ހަކަތައިގެ ސުޕަރ ޕަވަރުގެ ގޮތުގައެވެ.
ރަޝިޔާއަކީ އ.ދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ލިބިގެންވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ދުނިޔޭގައި ރަސްމީ ގޮތުން ނިއުކްލިޔަރ ހަތިޔާރު ހުރި ހަތް ޤައުމުގެ ތެރެއިން އެއް ޤައުމެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވެސް ރަޝިޔާއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. މި ގޮތުން އެންމެ ފުރަތަމައަށް ޖައްވަށް މީހަކު ފޮނުވާފައިވަނީ ވެސް ރަޝިޔާއެވެ.
ދުނިޔޭގެ ހެރިޓޭޖު ސައިޓުތަކުގެ ތެރެއިން 23 ސައިޓު ހުރީ ރަޝިޔާގައެވެ. އަދި ހަމަ އެހެންމެ ޔުނެސްކޯގެ ބައޮސްފެއަރރިޒަރވްތަކުގެ ތެރެއިން 40 ރިޒަރވް ވެސް ހުރީ ރަޝިޔާގައެވެ.

ރަޝިޔާގެ ރަސްމީ ބަހަކީ ރޫސީ ބަހެވެ. މީގެ އިތުރުން ކޯ އޮފިޝަލް ބަސްބަހުގެ ގޮތުގައި 27 ބަހެއް ފާހަގަ ކުރެވިފައިވެއެވެ. ވެރިރަށަކީ މޮސްކޯއެވެ. އަދި އެންމެ ބޮޑު ޝަހަރަކީ ވެސް މޮސްކޯއެވެ. 
ރަޝިޔާއަކީ މަސްހުނި ވެރިކަމުގެ ނިޒާމެއް އޮންނަ، ފެޑަރޭޝަނެކެވެ. 
ރަޝިޔާގެ ރައީސްކަމުގެ މަޤާމުގައި މިވަގުތު އިިންނެވީ ޑިމިޓްރީ މެޑްވެޑޭފްއެވެ. ބޮޑުވަޒީރަކީ ލަޑިމިޔަރ ޕޫޓިންއެވެ. ޕޫޓިންއަކީ މެޑްވެދޭފް ރައީސްކަމަށް ވަޑައިގަތުމުގެ ކުރީން ރަޝިޔާގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ރަޝިޔާގެ އާބާދީއަކީ 142 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 11807 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 17.08 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ru. އެވެ. ކޯލިން ކޯޑަކީ +7 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރޫބެލްއެވެ.

ރަޝިޔާގެ ނަން ނެގިފައިވަނީ ނުވަވަނަ ޤަރުނުގައި ޤާއިމުވި “ކިއެވެން ރޫސް” އިންނެވެ.

ރަޝިޔާ އޮތީ އުތުރު ޔޫރޭޝިޔާ (ޔޫރަޕު އަދި އޭޝިޔާ) ގައެވެ. ރަޝިޔާއިން ސީމާ ޙިއްޞާކުރާ ޤައުމުތައް ހުޅަނގުއުތުރުން އިރުދެކުނަށް ހުރީ މިގޮތަށެވެ. އެއީ ނޯވޭ، ފިންލޭންޑް، އެސްޓޯނިޔާ، ލެޓްވިޔާ، ލިތުއޭނިޔާ، ޕޮލެންޑު، ބެލަރުސް، ޔުކްރެއިން، ޖޯޖިޔާ، އާޒަރުބައިޖާން، ކަޒަކިސްތާން، ޗައިނާ، މޮންގޯލިޔާ، ޑެމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ (އުތުރު ކޮރެއާ)، ޖަޕާން އަދި އެމެރިކާއެވެ.
މުޅި އުތުރު އޭޝިޔާ އާއި އުތުރު ޔޫރަޕުގެ 40% ގައި ދެމިގެން ގޮސްފައިވަނީ ރަޝިޔާގެ ބިމެވެ. މުޅި ރަޝިޔާގައި 11 ޓައިމް ޒޯނު އޮވެއެވެ. މީގެ މާނައަކީ ރަޝިޔާގައި ވަގުތުގެ ގޮތުން ތަފާތު 11 ސަރަޙައްދު އޮތުމެވެ.

ނުވަވަނަ ޤަރުނުގައި ރަޝިޔާގެ ސަރަޙައްދުގައި ކިއެވެން ރޫސްގެ ނަމުގައި ވެރިކަމެއް ޤާއިމުވެގެން ދިޔައެވެ. 10 ވަނަ އަދި 11 ވަނަ ޤަރުނާ ހަމަޔަށް އައިއިރު ޔޫރަޕުގައި އޮތް އެންމެ ބޮޑު އަދި އެންމެ ފުދުންތެރި ބަޔަކީ ކިއެވެން ރޫސްއެވެ.
މީލާދީން 980 ވަނަ އަހަރާއި 1015 ވަނަ އަހަރަށް ވެރިކަން ކުރެއްވި ލަޑިމިޔަރ ދަ ގްރޭޓް އާއި މީލާދީން 1019 އިން 1054 އަށް ވެރިކަން ކުރެއްވި އޭނާގެ ދަރިކަލުން ޔުރޮސްލާވް 1 ދަ ވައިސްގެ ދުވަސްވަރު ވެފައިވަނީ ކިއެވްގެ ރަން ދުވަސްވަރުކަމުގައެވެ. ދުނިޔޭގެ އެހެން ޤައުމުތައް ކޮންމެވެސް ބައެއްގެ އަތްދަށުން މިނިވަންވި، މިނިވަން ދުވަހެއް އޮންނަ ކަމުގައި ވިޔަސް ރަޝިޔާއަކު މިނިވަން ދުވަހެއް އެފަދަ ގޮތަކަށެއް ނޯވެއެވެ. ސަބަބަކީ ރަޝިޔާގެ ދިގު ތާރީޚުގައި އެ ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތް ޤައުމެއް ކަމުގައިވާތީއެވެ. ރަޝިޔާގެ ތާރީޚުގެ މުހިއްމު ޙާދިސާތަކަށް ބަލާއިރުގައި މީލާދީން 862 ގައި ރޫރިކް ދަރިކޮލުގެ ވެރިކަން ޤާއިމުވިއެވެ. ހަމަ އެހެންމެ 882 ގައި ކިއެވެން ރޫސް ޤާއިމުވިއެވެ. 1169 ގައި އޮތީ ލަޑިމިޔަރ-ސުޒްޑަލް ރޫސް އެވެ. 1363 ގައި އޮތީ ގްރޭންޑް ޑަޗީ އޮފް މޮސްކޯގެ ވެރިކަމެވެ. ދެން 1547 ގައި ރަޝިޔާގެ ޒާރުންގެ ވެރިކަން ފެށުނެވެ. 1721 ގައި ރަޝިޔާގެ އެންޕަޔަރ ޤާއިމުވިއެވެ. ރަޝިޔާގައި ޖުމްހޫރިއްޔާއެއް ޤާއިމުވީ ފެބްރުއަރީ 1917 ވަނަ އަހަރުގައެވެ. 7 ނޮވެމްބަރު 1917 ގައި ރަޝިޔަން ސޯވިއެޓް ފެޑަރޭޓިވް ސޯޝަލިސްޓް ރިޕަބްލިކް ޤާއިމުވިއެވެ. 1922 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން އުފަންވިއެވެ.
ސޯވިއެޓް ޔޫނިއަން އުވި މިހާރު މި އޮތް ގޮތަށް ރަޝިޔާ ހަމަޖެހިގެން ގޮސްފައިވަނީ 1991 ވަނަ އަހަރުގައެވެ.

ސޯވިއެޓް ޔޫނިއަން އުވިގެން ދިއުމަށް ފަހުގައި ރަޝިޔާގެ އިޤްތިޞާދަށް ހީނަރުކަމެއް ލިބިގެން ދިޔަ ނަމަވެސް މިއަދު ރަޝިޔާގެ އިޤްތިޞާދު އަންނަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. 

ރަޝިޔާގެ އާބާދީގެ 79.8% އަކީ ރޫސީ ނަސްލުގެ މީހުންނެވެ. 3.8% އަކީ ތަތާރުންނެވެ. 2% އަކީ ޔުކްރޭނިޔަނުންނެވެ. 1.2% އަކީ ބަޝްކީރީންނެވެ. 1.1% އަކީ ކުއްވާޝުންނެވެ. 0.9% އަކީ ޝީޝާނީންނެވެ. 0.8% އަކީ އަރުމީނިޔަނުންނެވެ. 10.4% އަކީ އެހެން އެކިއެކި ނަސްލުތަކުގެ މީހުންނެވެ.

ރަޝިޔާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ތަޢުލީމަކީ ކޮންމެ ރައްޔިތަކަށް ހިލޭ ދޭން ޖެހޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި ނުވަވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުގެ ގޮތުގައި އޮތް ރަޝިޔާގައި ލިޔަންކިޔަން ދަތުމުގެ މިންވަރު ހުރީ ވަރަށް މަތީގައެވެ. އެއީ 99.4% އެވެ.
ރަޝިޔާގައި އެންމެ ގިނައީ ކްރިސްޓިޔަނުންނާއި މުސްލިމުންނެވެ. ރަޝިޔާގައި 20 ވަރަކަށް މިލިޔަން މުސްލިމުން ތިބިކަމަށް ހިސާބުތަކުން ދައްކައެވެ.




#Article 227: ނައިޖީރިއާ (353 words)


ނައިޖީރިއާ އަކީ އެފްރިކާ ބައްރުގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. މުޅި ދުނިޔެއަށް ބަލާއިރު އަށްވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމަކީ ނައިޖީރިއާއެވެ. އަދި ކަޅުމީހުންގެ މެޖޯރިޓީއެއް އޮތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ އާބާދީ ބޮޑު ޤައުމަކީ ވެސް ނައިޖީރިއާއެވެ.

ނައިޖީރިއާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި، ހައުސަ ބަހާއި، އިގްބޯ ބަހާއި ޔޮރުބާ ބަހެވެ. ވެރިރަށަކީ އަބޫޖާއެވެ. އެންމެ ބޮޑު ޝަހަރަކީ ލާގޯސްއެވެ. 
ނައިޖީރިއާ އަކީ ރިޔާސީ ނިޒާމެއް އޮންނަ، ފެޑެރަލް ޖުމްހޫރިއްޔާއެކެވެ. 
ނައިޖީރިއާގެ ރައީސްކަމުގެ މަޤާމުގައި މިވަގުތު އިންނެވީ ޢުމަރު މޫސާ ޔާރާދުވާއެވެ. ނައިބު ރައީސަކީ ގުޑްލަކް ޖޮނަތަންއެވެ. ސެނެޓުގެ ރައީސަކީ ޑޭވިޑް މާރކްއެވެ. މަޖިލީހުގެ ރައީސަކީ އޮލާދިމޭޖީ ސަބުރު ބަންކޯލްއެވެ. އުއްތަމަ ފަނޑިޔާރަކީ އިދްރީސް ކުތީގީއެވެ. ނައިިޖީރިއާގެ އާބާދީއަކީ 155 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 2162 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.92 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ng. އެވެ. ކޯލިން ކޯޑަކީ +234 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނައިޖީރިއަން ނައިރާއެވެ. 

ނައިޖީރިއާއަށް ނައިޖީރިއާ އަދި ނައިސީރިއާ މި ދެ ނަން ވެސް ކިޔައެވެ. ނައިޖީރިއާ މި ނަން ނެގިފައިވަނީ އެ ޤައުމުގެ ތެރެއިން ދެމިގެން ގޮސްފައިވާ ކޯރެއްކަމުގައިވާ ނީޖަރު ކޯރުގެ ނަމުންނެވެ.

ހުޅަނގު އެފްރިކާގައި އޮންނަ ނައިޖީރިއާގެ ސީމާ ގުޅިފައިވަނީ ބެނިން އާއި ޗާޑާއި ކެމަރޫނާއި ނީޖަރާއެވެ. ޚަލީޖު ގީނިއާގައި އޮންނަ މި ޤައުމަކީ ބިމަށް ބަލާއިރު 32 ވަނައަށް އެންމެ ބޮޑު ޤައުމެވެ.

ނައިޖީރިއާއަކީ ދިގު ތާރީޚެއް އޮތް ޤައުމެއްކަން އާސާރީ ހޯދުންތަކުން ވަނީ ދައްކާފައެވެ. ނައިޖީރިއާގައި މީހުން ދިރިއުޅެން ފަށާފައިވަނީ ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ކަމަށް ތާރީޚީ ހޯދުންތަކުން ދައްކައެވެ. 
ޔޫރަޕުގެ މީހުންގެ ތެރެއިން އެންމެ ފުރަތަމައަށް ނައިޖީރިއާއަށް އައިސްފައިވަނީ ޕޯޗުގީޒުންނެވެ. 1901 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ނައިޖީރިއާ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައެވެ.
ނައިޖީރިއާއަށް މިނިވަންކަން ލިބުނީ 1 އޮކްޓޯބަރު 1960 ގައެވެ. 
ނައިޖީރިއާގައި ޑިމޮކްރަސީއެއް މި ފަހުން ޤާއިމުވީ 1999 ވަނަ އަހަރުގައެވެ. މިއަދު ނައިޖީރިއާގައި ހިނގަމުންދާ ހަމަނުޖެހުމަކީ އެ ޤައުމުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ނީޖަރު ޑެލްޓާގެ މިލްކުވެރިކަމަށް ބައެއް ޤަބީލާތަކުން ކުރަމުން ގެންދާ ދަޢުވާއާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުމެވެ.

ނައިޖީރިއާގެ އިޤްތިޞާދަކީ މުޅި ދުނިޔޭގައި ވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ.
ޑެމޮގްރަފިކްސް
މުޅި ދުނިޔޭގެ އާބާދީގައި ހިމެނޭ ކަޅު މީހުންގެ 20% މީހުންނަކީ ނައިޖީރިއާ މީހުންނެވެ. ލިޔަން ކިޔަން ދަތުމުގެ ނިސްބަތް އުޅެނީ 68% ގައެވެ. 

ނައިޖީރިއާ އަކީ އެފްރިކާގެ މިއުޒިކުގެ ހިތް ކަމުގައި ބުނެވެއެވެ. ނައިޖީރިއާގެ މިއުޒިކުގައި ކޮންގޯ، ބުރެޒިލް އަދި ކިއުބާގެ ރަހަތައް ހިމެނިފައިވެއެވެ. 
ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ނައިޖީރިއާގައި އެންމެ ގިނައީ މުސްލިމުންނާއި ނަޞާރާއިންނެވެ. މީގެ އިތުރުން ހިންދޫ ދީން ފަދަ ދީންދީނަށާއި ބޯދާ އެހެން ދީންތަކަށް ތަބަޢަވާ މީހުން ވެސް އުޅޭމެއެވެ. 
މީގެ އިތުރުން އިސްލާމް ދީނާއި ކްރިސްޓިއަން ދީނުގެ އުޞޫލުތައް މަސްހުނިކޮށްގެން “ކްރިސްލާމް” ނަމަކަށް ކިޔާ ދީނަކަށް ތަބަޢަވާ މީހުން ވެސް އުޅެއެވެ. މި މީހުން ބައިބަލް އާއި ޤުރުއާނާ ދެފޮތަށް ވެސް އެއް ވަރަކަށް އިޙްތިރާމް ކުރެއެވެ. މި މީހުން އަޅުކަންކުރާ އޮންނަނީ ދެދުވަހެވެ. އެއީ ހުކުރު ދުވަހާއި އާދީއްތަ ދުވަހެވެ. ކަޢުބާގައި ޠަވާފުކުރުމާއި ރޯދަ ހިފުން ފަދަ ކަންތައް ވެސް ޤަބޫލުކުރޭމެއެވެ. އެހެން ނަމަވެސް މިއީ މާގިނަ ބަޔަކު ތަބާާވާ ދީނެއް ނޫނެވެ.




#Article 228: މައްކާ (713 words)


މައްކާ () އަކީ ތާރީޚީ ޙިޖާޒުގެ ސަރަޙައްދުގައިވާ ސައޫދީ އަރަބިއްޔާގެ މަންޠިޤާ މައްކާ ގެ ވެރި ރަށެވެ. 2004 ގެ ބޯހިމެނުމުގައި ބުނާގޮތުން މައްކާގެ އާބާދީއަކީ 1،294،167 މީހުންނެވެ. މައްކާ އޮތީ ޖިއްދާއާ 73 ކިލޯމީޓަރު (45 މޭލު) ދުރުގައި، އިބްރާހީމް ވާދީގައި ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. ރަތްކަނޑާއި މައްކާއާ ހުރި ދުރުމިނަކީ 80 ކިލޯމީޓަރެވެ.

މި ޝަހަރުގައި މުސްލިމުންގެ އެއްމެ މުޤައްދަސް ޙަރަމްފުޅު ހުރުމުގެ ސަބަބުން އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު ޢުމުރުން އެއްފަހަރު މި ޙަރަމްފުޅަށް، ޙައްޖުވާން އަންނަން ޖެހޭތީ، މި ޝަހަރު ވެފައިވަނީ މުސްލިމުންގެ ޤަދަރު ވަރަށް މަތިވެރި ދަރަޖައަކަށް ދެވިފައިވާ ޝަހަރަކަށެވެ.

މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެފާނު އުފަންވެވަޑައިގަތީވެސް މި ޝަހަރުގައެވެ. އެކަލޭގެފާނަކީ މައްކާގެ ޤަދަރުހުރި ޢާއިލާއަކުން ވަޑައިގަތް ބޭކަލެކެވެ. އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު މައްކާގެ ވެރިކަން ކުރެއްވިއެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ އެހެން ކައުބަފައިންނަކީ ވެސް މައްކާގެ ބޮޑުންގެ ތެރެއިން ހިމެނިގެންވާ ބޭފުޅުންނެވެ.

މައްކާ ވަނީ ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. މި ޝަހަރު އޮތީ ފަރުބަދަތަކެއްގެ ދެމެދުގައެވެ. މައްކާގެ ޝަހަރު ބިނާވެގެންވަނީ މަސްޖިދުލްޙަރާމް ގެ ވަށައިގެންވާ ސަރަޙައްދުގައެވެ. މިސްކިތުގެ ކައިރީގައިވާ ހިސާބުތައް ނިސްބަތްވަނީ މުސްކުޅި ޝަހަރަށެވެ. މިސްކިތުގެ ކައިރީގައި ހުރި ގެތައް ނަގައި އެތަންތަން ވަނީ ފުޅާ މަގުތަކަށް ބަދަލުކުރެވިފައެވެ. މީހުން އުޅޭ އެކުވެނިތައް ގިނައީވެސް މުސްކުޅި ޝަހަރުގައެވެ. މި ޝަހަރުގައި ޤަދީމީ ގޮތަށް ތަނުގެ ހިލަ ބޭނުންކޮށް ގެން ދެ ބުރި އަށާއި ތިން ބުރި އަށް ޢިމާރާތްކޮށްފައިވާ ގެތައް ވެއެވެ. އަދި ޙައްޖު ކޮށް ނިމިގެން އަމިއްލަ ރަށަށް ދެވޭނެ ފަދައެއް ނެތް ފަޤީރުން ދިރިއުޅޭ ޖިފުޓިތައް ވެސް މަދުމަދުން ހުރެއެވެ. 

މައިގަނޑު ގޮތެއްގައި ލިބޭ ޚިދުމަތަކީ ޙައްޖާ ގުޅޭ ގޮތުން ފޯރުކޮށްދެވޭ ދަތުރުފަތުރުގެ ޚިދުމަތެވެ. މައްކާގައި ވައިގެ ބަނދަރެއް ނުވަތަ ރޭލުމަގެއް ނޯވެއެވެ. ތާރު އެޅި މަގުތަކާއި އެކްސްޕްރެސް މަގު ތަކުން މައްކާ ވަނީ ސައޫދީ އަރަބިއްޔާގެ އެހެން ޝަހަރުތަކާ ގުޅާލެވިފައެވެ. މި ޝަހަރުގައި ހުރި މަގުތައް ރަނގަޅެވެ. ގިނަ ހައްޖާޖީން ނުވަތަ ހައްޖުވެރިން މައްކާއަށް ވަންނަނީ ޖިއްދާގެ ހައްޖު ގިމަތައިންނެވެ. 

މައްކާގެ އާބާދީގެ އަކަބުރަ ވަނީ ވަރަށް މަތިވެފައެވެ. އަހަރަކު ގާތް ގަނޑަކަށް 4 މިލިއަން މީހުން ހައްޖު ވުމަށް މައްކާ އަށް ޒިޔާރަތް ކުރެއެވެ. 

މައްކާގެ ގަވަރުނަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވަނީ ސައޫދީ ރަސްގެފާނެވެ. ޝަހަރުގެ މުނިސިޕަލިޓީ ހިންގެވުމަކީ އިންތިޚާބު ކުރެވިފައިވާ ސާދަ މެންބަރުންގެ މުނިސިޕަލް ކައުންސިލުގެ ޒިއްމާއެކެވެ. މައްކާއަކީ މަންޠިޤާ މައްކާގެ ވެރިރަށެވެ. 

އަމީރު ޢަބްދުލްމަޖީދު ބިން ޢަބްދުލްޢަޒީޒު 2007 ވަނަ އަހަރު އަވަހާރަ ވުމާ ހަމައަށް 2000 ވަނަ އަހަރުން ފެށިގެން މައްކާގެ ގަވަރުނަރަކަށް ހުންނެވީ އެމަނިކުފާނެވެ. 

ކަޢުބާ އަކީ ހަތަރެސްކަން ކޮޑި ބައްޓަމަށް ހުރި ޢިމާރާތެކެވެ. މި ޢިމާރާތް ބިނާ ކުރެއްވީ އިބްރާހީމްގެފާނެވެ. 

ގިނަ ތާރީޚު ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވާނެ ފަދައިން މުޙައްމަދުގެފާނުގެ ކުރީގެ އެތައް ޖީލެއްގެ މީހުންނަށް ވެސް މައްކާއަކީ ވިޔަފާރީގެ މަރުކަޒެއް އަދި ޒިޔާރަތެކެވެ. މައްކާމީހުންގެ ވިޔަފާރީގެ ފުޅާމިނަކީ ކޮބައި ކަމާ މެދު ވަރަށް ހޫނުކޮށް މިއަދުވެސް ބަހުސްކުރެވެމުން ދެއެވެ. ބައެއް ތާރީޚު ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި މައްކާއަކީ ވިޔަފާރީގެ ދަތުރުމަގެއްގެ މަތީގައި އޮތް ރަށެކެވެ. އެގޮތުން މިރަށުގެ ތެރެއިން ލާފައި ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ރަށްތަކަށް މުދާ ގެންދެވިފައިވެއެވެ. އެހެން ނަމަވެސް ޕެޓްރީޝިއާ ކްރޯން އެކަމަނާ ލިއުއްވި މެއްކަން ޓްރޭޑް އެންޑް ދަ ރައިޒް އޮފް އިސްލާމް ގައި ބުނުއްވަނީ މައްކާގެ މީހުންނަކީ އާދައިގެ ކުދިވިޔަފާރިވެރިން ކަމުގައެވެ.

ޤުރުއާނާއި މުސްލިމް ތާރީޚީ ފަތްފުށްތައް ބުނާ ގޮތުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތް އަހަރު ނުވަތަ އެއަހަރުގެ ކުރީ އަހަރު ކަމުގައިވާ 570މ. ވަނަ އަހަރު ޙަބުޝްކަރައިގެ ޔަކްސޫމީން އަބްރަހާގެ ޤިޔާދަތުގައި މައްކާއަށް ޙަމަލާދިނެވެ. މިމީހުންގެ ކިބައިން މައްކާ ސަލާމަތްވި ކަމަށް ބުނެވެނީ އަބާބީލު ދޫނިތަކެއް އައިސް ހިލައިގެ ވާރޭ އޮއްސުމާއި އެފަހުން އެމީހުންގެ ތެރޭގައި ޠާޢޫން ފެތުރުމުގެ ސަބަބުންނެވެ.

އިސްލާމީ ނަބިއްޔާ މުޙައްމަދުގެފާނުގެ ޒަމާނުގެ ކުރިން މައްކާގެ ބާރު އޮތީ ބަނޫ ޤުރައިޝް ގެ އަތުގައެވެ. ބަނޫ ޤުރައިޝް އަށް ނިސްބަތްވާ މުޙައްމަދުގެފާނު، ބުދަށްއަޅުކަން ކުރުމާ ދެކޮޅަށް ފެއްޓެވި ރިސާލަތުގެ ސަބަބުން މައްކާ ދޫކޮށް މަދީނާއަށް ހިޖުރަ ކުރުމަށް މަޖުބޫރުވެ ވަޑައިގަތެވެ. އެއަށް ފަހު 630މ. ވަނަ އަހަރު އެކަލޭގެފާނު މައްކާ ފަތަޙަ ކުރައްވައި ކަޢުބާ ގެ ތެރޭގައި ހުރި ބުދުތަކާއި ތަޞްވީރުތައް އެތަނުން ނެރުއްވައި، އެއީ މުސްލިމުން ޙައްޖުވާނޭ ތަންކަން ބަޔާންކޮށްދެއްވިއެވެ. 

މައްކާ އަކީ އެއްވެސް ދުވަސްވަރެއްގައި އިސްލާމީ އުއްމަތުގެ ވެރިކަން ކުރާ ރަށް ކަމުގައި ހަމަ ޖެހިފައެއް ނެތެވެ. އިސްލާމީ އުއްމަތުގެ ފުރަތަމަ ވެރިރަށަކީ މައްކާއާ 250 މޭލު ފޭގައި އޮތް މަދީނާ އެވެ. ޢަލީގެފާނު ގެ ޚިލާފަތުގައި އިސްލާމީ ވެރިކަން ކޫފާ އަށް ބަދަލު ކުރެއްވިއެވެ. އޭގެ ފަހުން އުމަވީން އެ ވެރިކަން ދިމިޝްޤަށް ބަދަލު ކުރިއެވެ. ޢައްބާސީންގެ ވެރިކަމުގައި އިސްލާމީ އުއްމަތުގެ ވެރިރަށަކީ ބަޣުދާދެވެ. މޮންގޯލުން ބަޣުދާދަށް އަރައި ހަމަލާ ދިނުމުން ވެރިކަން ކުރާ ރަށެއްގެ ގޮތުގައި ހަމަ ޖެހުނީ ޤާހިރާ އެވެ. ޢުޘްމާނީން ގެ ވެރިރަށަކީ ޤުޞްޠަންޠީނިއްޔާ އެވެ.

މި ޝަހަރުވަނީ މިދިޔަ ދަހަ ތަކުގެ ތެރޭގައި ވަރަށް ބޮޑުވެފައެވެ. ޙައްޖު ގެ އަޅުކަމުގައި ބައިވެރިވާ އެތައް ސަތޭކަ ޙައްޖުވެރިން ކޮންމެ އަހަރަކު ޖެޓު ތަކުގައި މައްކާއަށް ޒިޔާރަތް ކުރެއެވެ. އެތައް ހާސް ސުޢޫދީންނަށް ޙައްޖާޖީންނަށް ޚިދުމަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބެއެވެ. މިއަދު މައްކާވަނީ ޝޮޕިން މޯލްތަކާއި ސްކައި ކްރޭޕަރ ތަކާއި ފަހިމަގު ތަކުން ފުރިފައެވެ.

ޣައިރު މުސްލިމުންނަކަށް މައްކާއަކަށް ނުވަދެވޭނެއެވެ. އެހެން ނަމަވެސް ނޫސްވެރިން ނާއި ރަޙިމުގެ ގުޅުމުން މުސްލިމުންނާ ގުޅިފައިވާ ޣައިރު މުސްލިމުންނަށް ހުއްދައެއް ދެވިފައިވެއެވެ. ޝަހަރަށް ދެވޭ މަގުތަކުގައި ފާސްކޮށް ހަދާ އޮފިޝަލުން ތިއްބަވައެވެ. އެހެން ކަމުން ހުއްދަކުރެވިފައިވާ ޙައްޖާޖީން ނޫން ބަޔަކަށް ޝަހަރަށް އެތެރެ ނުވެވޭނެއެވެ. 

ޚުލަފާއުއްރާޝިދޫން ގެ ޒަމާނުން ފެށިގެން ވެސް މައްކާ އަށް ޣައިރު މުސްލިމުން ވަނީ މަނާ ކުރެވިފައެވެ. މިއަދުވެސް މިކަން އޮތީ މިގޮތަށެވެ. ސަޢޫދީ ސަރުކާރުން ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދީގެން މައްކާއަށް ވަންނަ މީހުން ދެނެގަތުމުގެ ކަންތައް ކުރެވޭނެ އިންތިޒާމު ހަމަ ޖައްސާފައިވެއެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ ވެރިން ވެސް މައްކާއަށް ދިއުމަށް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެބޭފުޅުންނަކީ ޣައިރު މުސްލިމުން ކަމުގައިވާތީ ސަޢޫދީ ސަރުކާރުން މިކަމަށް އިންކާރު ކޮށްފައިވެއެވެ.

އެހެން ނަމަވެސް މުސްލިމުން ކަމުގައި ހެދިގެން ބައެއް މީހުން މައްކާއަށް ވަދެފައިވާ ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން މައްކާއަށް ދަތުރުކޮށް ސައްޔާޙެއްގެ ޔައުމިއްޔާ ލިޔެފައިވާ މަޝްހޫރު އެކަކީ ސަރ ރިޗަރޑް ފްރާންސިސް ބަރޓަން އެވެ. ބަރޓަން މައްކާއަށް ދަތުރު ކުރީ އަފްޣާނިސްތާނު މަގުން ޤާދިރީ ޞޫފީ އެއްގެ ގޮތުގައެވެ.

އިނގިރޭސި ބަހުން ލިޔާ އިރު މައްކާ ޢާއްމުކޮށް ލިޔެ އުޅެނީ (Mecca) މި ގޮތަށެވެ.

މައިގަނޑު ގޮތެއްގައި މައްކާގެ އިޤްތިޞާދު ބިނާވެގެންވަނީ ވިޔަފާރީގެ މައްޗަށެވެ.

ކުރީގެ ޔޫނާނީ ފަތްފުށްތަކުގައި މައްކާގެ ވާހަކަ އައިސްފައިވާ ކަމުގައި ވެއެވެ.

މުސްލިމުންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި މައްކާގެ ވާހަކަ ޔަހޫދީންގެ ތައުރާތު/ނަޞާރާއިންގެ ބައިބަލް ގައި ލިޔެވިފައިވެއެވެ.




#Article 229: އާފަލް (322 words)


ގަސްގަހާ ގެހި ބެހިފައިވާ ޢާއިލާ ތަކުގެ ތެރެއިން އާފަލު ގަސް ނިސްބަތްވަނީ ރޮޒޭސިއީ އޭ ކިޔޭ ޢާއިލާގެ މެލަސް އޭ ކިޔޭ ޖީނަސް އަށެވެ. ދުނިޔޭގައި އެންމެ ގިނަ ހައްދާ މޭވާގެ އެއްބާވަތަކީ އާފަލެވެ. އާއްމު ގޮތެއްގައި އާފަލު ގަސް ހެދެނީ 12-5 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. 

 
އާފަލުގެ ތަފާތު 7500 އަށްވުރެ ގިނަ ވައްތަރު ހުންނަ ކަން ފާހަގަ ވެފައި ވެއެވެ. ޢާންމު ގޮތެއްގައި ހުރިހާ ބާވަތެއްގެ އާފަލު ވެސް ހެދެނީ މާފިނި ނޫން އަދި މާ ހޫނު ވެސް ނޫން ތަންތަނުގައެވެ. އާފަލުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ވައްތަރު ތަކަކީ ފެހި އާފަލް، ރަތް އާފަލް، އޮރެންޖް އާފަލް، ރީދޫ އާފަލް، ރަން އާފަލް އަދި ރަންގު އާފަލެވެ. އާފަލްގެ ތެރޭގައި ހުހަށް މީރު މޭވާއެއްގެ ގޮތުގައި ބޭނުންކުރާއި އާފަލާއި، ކައްކައިގެން ބޭނުންކުރާ އާފަލް ހިމެނެއެވެ. 

އެމެރިކާގައި ވިއްކާ އާފަލުގެ 60 އިންސައްތަ ހައްދަނީ ވޮޝިންގޓަން ސިޓީގައެވެ. އާފަލު ދަޅުގައި ބަންދު ކޮށްގެންނާއި، ޖޫސް ތައްޔާރު ކޮށްގެން ވެސް ވިއްކައެވެ. މީގެ އިތުރުން ތަފާތު ފޮނި ކާތަކެތީގެ ބާވަތްތައް ހެދުމުގައި ވެސް އާފަލު ބޭނުންކުރެއެވެ. މިގޮތުން ސަލަޑާއި، ކޭކު،ބަޓަރު، ސޯސް، ޖެލީ އަދި ޕައި، ޕުޑިންގ ފަދަ ކާތަކެތި ތައްޔާރު ކުރުމުގައި އާފަލު ހިމަނައެވެ. 

އާފަލުން ލިއްބައިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކުރުން، ލޭގައި ކޮލެސްޓީރޯލް ހިމެނޭ މިންވަރު ދަށްކުރުން، އަރިދަފުސް ރޯގާޖެހޭ މިންވަރު ކުޑަކުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. 

އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ފަސޭހަ ކަމާއެކު ފެނަށް ގިރިގެންދާ ފައިބަރުގެ ބާވަތެކެވެ. މިމާއްދާ އާފަލުގައި ހިމެނޭ އެހެން މާއްދާތަކާއި ގުޅިގެން ލޭގައި ހިމެނޭ ކޮލެސްޓީރޯލްގެ ބައި ނެތިކޮށް މަދުކޮށްލުމުގައި ދައުރެއް އަދާކުރެއެވެ. 

ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާ އެއް ހެދުމަށްޓަކައި މެދުޢުމުރުގެ ޞިއްޙަތު ސަލާމަތުން ތިބި 30 މީހުންނަށް އެއްމަސް ވަންދެން 2-3 އާފަލު ކާންދެވުނެވެ. މަހެއްގެ ފަހުން ބެލުނު ނަތީޖާ ތަކުން އެގުނު ގޮތުގައި ދިރާސާގައި ބައިވެރިވި 80 އިންސައްތަ މީހުންގެ ލޭގެ ކޮލެސްޓީރޯލްގެ މިންވަރު ހުރީ ދަށްވެފައެވެ. 

ޢާންމުކޮށް އާފަލް ފަދަ މޭވާގެ ބާވަތްތައް ކާނަމަ ބަލިތަކާއި ދުރުކޮށްދެއެވެ. ބައެއް ވައްތަރުގެ އާފަލުގެ ވަހަކީ އެރޯމާ ތެރަޕީގެ ދުނިޔޭގައި އެވަހުގެ ސަބަބުން ހަމަޖެހުމާއި މަޑުމައިތިރިކަން ހޯދުމަށް ބޭނުންކުރެވޭ އެއްޗެކެވެ. 

އާފަލުގައި ހިމެނޭ އެސިޑްގެ 90 އިންސައްތަ އަކީ މަލިކް އެސިޑެވެ. ތަބީޢީ ހަކުރުގެ ގޮތުގައި ގުނޭ ސަކްރޯޒް، އަދި ފަރަކްޓޯޒް ވެސް ގިނަ ޢަދަދަކަށް އާފަލްގައި ހުރެއެވެ. މިބުނި ތަބީޢީ ހަކުރުގެ މާއްދާތަކަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށް ނުވާތީ، އާފަލް ވެފައިވަނީ ހަކުރު ބަލީގެ އަހުލުވެރިންނަށް ފައިދާހުރި ކާނާއެއް ކަމުގައެވެ. މީގެ އިތުރުން ސިޓްރިކް އެސިޑް، އަދި ޓާރޓެރިކް އެސިޑްވެސް އެކުލެވިގެން ވެއެވެ. 

ފައިބަރު ގިނަ ޢަދަދަކަށް އެކުލެވޭތީ ބަނޑު ހިކުމުން ވެސް އާފަލު ބޭނުންކޮށް އުޅެއެވެ. ފްލޭވޮނޮއިޑް އަދި ވެސް އިތުރު އެންޓި އޮކްސިޑެންޓްތައް އެކުލެވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން މިންޖުވުމުގައި އާފަލު އެހީއަކަށް ވެއެވެ. އަދި ފެނުގެ ބައިވެސް އާފަލުގައި މަތިކަމަށްވާތީ ހުންގަދަވުމުން އާފަލު ބޭނުންކޮށްފިނަމަ ހުންތިރިވެގެން ދިއުމަށް އެހީތެރި ވެދެއެވެ.




#Article 230: ޖުމްހޫރީ މޭވާ (151 words)


ޕެސިފްލޯރާ އެޑޫލިސް ޢިލްމީ ނަމެއްގެ ގޮތުގައި ދެވިފައިވާ ޖުމްހޫރީ މޭވާ ވިޔަފާރީގެ ގޮތުގައި ހައްދާ ގައުމު ތަކުގެ ތެރޭގައި އިންޑިޔާ، ބްރެޒިލް، ހަވާއީ އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތައް ހިމެނެއެވެ. ޖުމްހޫރީ މޭވާގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ރީދޫ ނުވަތަ ރަން ކުލައަކަށް ހުންނަ ވައްތަރަކާއި ދަނބު ނުވަތަ ރަންގު ކުލައަކަށް ހުންނަ ވައްތަރެކެވެ. 

ޖުމްހޫރީ މޭވާއަށް ޕްއެޓްރިކޯގައި ކިޔަނީ ޕާޗާ އެވެ. ވެނެޒުއޭލާގައި ކިޔަނީ ޕާޗިޓާ އެވެ. ޑޮމެނިކަން ރިޕަބްލިކް ގައި ކިޔަނީ ޗިނޯލާ އެވެ. އިންޑޮނޭޝިޔާ އަދި މެލޭޝިޔާގައި ކިޔަނީ މަރުކީސާ އެވެ. ހަވާއީ ގައި ކިޔަނީ ލިލިކޯއި އެވެ. ބްރެޒިލްގައި ކިޔަނީ މަރަކޫޖާ އެވެ. ރަންގު ޖުމްހޫރީ މޭވާއަށް ދެކުނު އެފްރިކާގައި ގްރަނަޑިއްލާ ކިޔާއިރު، ރީދޫ ޖުމްހޫރީ މޭވާއަށް ކިޔަނީ ގޯވަޑިއްލާ އެވެ.

ޢާއްމު ގޮތެއްގައި ޖުމްހޫރީ މޭވާ ބޭނުންކުރެވެނީ ހުހަށް ކެއުމަށާއި ޖޫސް ހެދުމަށެވެ. ޖުމްހޫރީ މޭވާ ވެލުގެ ފަތުން ފަތް މޮޑެ މަސްހުނި ހަދައި އުޅެއެވެ. މީގެ އިތުރުން އައިސް ކްރީމް، ޕުޑިންގ، ސަރުބަތު، ޖެލީ، އަދި ޖޭމް ހެދުމަށް ވެސް ޖުމްހޫރީ މޭވާ ބޭނުން ކޮށް އުޅެއެވެ. 

ނޭވާ ހިއްލުން، ހޯއްގޮއްވާ ކެއްސުން، ވައިނޮޅީގެ ކަފި ދުޅަވުން، އަދި ކެއްސުމާއި މިނޫނަސް ނޭވާލާ ނިޒާމަށް ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ބްރެޒިލް ފަދަ ގައުމު ތަކުގައި ޖުމްހޫރީ މޭވާގެ ޖޫސް ބޭނުން ކުރެވެއެވެ. ޕެރޫގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް ލުއިކުރުމަށް ޖުމްހޫރީ މޭވާ ބޭނުންކުރެއެވެ. 




#Article 231: ފަޅޯ (135 words)


 
ފަޅޮލުގައި ހިމެނޭ ފައިބަރު ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާއި ތަތްވެ، އެވިހަތައް ގޮހޮރާއި ގާތްވިޔަނުދީ ހިފަހައްޓައިދެއެވެ. މީގެ އިތުރުން ފޮލިކް އެސިޑް، ވިޓަމިން ބީ، ވިޓަމިން ސީ، އަދި ބީޓާ ކެރޮޓީން އެކުލެވުމުގެ ސަބަބުން ފަޅޯ ކެއުމުން ގޮހޮރުގެ ކެންސަރު ޖެހުން ކުޑަކޮށްދެއެވެ. 

ފަޅޮލުގައި ބީޓާ ކްރިޕްޓޯޒެންތިން ކިޔާ މާއްދާއެއް ވެސް އެކުލެވިގެން ވެއެވެ. މިބުނި މާއްދާ ހަށިގަނޑަށް ދަމަނީ ފެޓް އެކުލެވޭ ކާނާއާއި އެކުގައި ބޭނުންކުރުމުން ކަމަށްވާތީ ބޮޑަށް އެދެވިގެންވަނީ ވަކިން ފަޅޯ ކެއުމަށްވުރެ އެހެން އެއްޗިއްސާއެކު ފަޅޯ ކެއުމެވެ. ފަޅޮލުގައި ފައިބަރު އެކުލެވިގެންވާތީ ފަޅޯ ކެއުމުން ހަށިގަނޑުގައި ހުންނަ ނުރަގަޅު ކޮލެސްޓީރޯލްގެ ބައި މަދުކޮށްދެއެވެ. 

ފަޅޮލުގައި ބާރު ގަދަ 3 އެންޓި އޮކްސިޑެންޓެއް އެކުލެވިގެން ވެއެވެ. އެއީ ވިޓަމިން ސީ ، ވިޓަމިން އީ އަދި ބީޓާ ކެރޮޓީން އެވެ. މިބުނި މާއްދާތަކުގެ ސަބަބުން ކޮލެސްޓީރޯލް އޮކްސިޑައިޒް ވުމަށް ހުރަސް އަޅައެވެ. ކޮލެސްޓީރޯލް އޮކްސިޑައިޒް ވެގެން މެނުވީ ލޭހޮޅީގެ ފާރުގައި ކޮބަނޑި ގަނޑެއްގެ ސިފަޔަށް ތަތްވެ، ޖަމާއެއް ނުވާނެއެވެ. މިބުނި ގޮތަށް ލޭހޮޅީގެ ފާރުގައި ކޮލެސްޓީރޯލް ޖަމާވެއްޖެނަމަ ލޭހޮޅި ހަރުވުން ކުރިމަތިވެދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ތަފާތު މައްސަލަތައް ފެންމަތި ކުރުވައެވެ. އެހެން ކަމުން ފަޅޯ ގިނައިން ކާނަމަ ހިތުގެ މިފަދަ މައްސަލަތަކުން މިންޖު ކޮށްދެއެވެ. 




#Article 232: ފިލިޕީންސް (331 words)


ރިޕަބްލިކް އޮފް ދަ ފިލިޕީންސް ނުވަތަ ޢާއްމުކޮށް ކިޔާ ގޮތުން ނަމަ ފިލިޕީންސް އަކީ އިރު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުުމު އެކުލެވިގެންވަނީ 7107 ޖަޒީރާގެ މައްޗަށެވެ. 

ފިލިޕީންސުގެ ރަސްމީ ބަހަކީ ތަގާލޮގް (ފިލިޕީނޯ) އެވެ. މީގެ އިތުރުން އިނގިރޭސި ބަސް ވެސް ރަސްމީ ބަހެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. އަދި ހަމަ އެހެންމެ ވޮލަންޓަރީ ނުވަތަ އޮޕްޝަނަލް ބަސްބަހުގެ ގޮތުގައި ޢަރަބި ބަހާއި އިސްޕެނިޝް ބަސް ވެސް ބޭނުން ކުރެވެއެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ ބައެއް ބަސް ބަސް ރިކޮގްނައިޒްޑް ލެންގުއޭޖަސްގެ ގޮތުގައި ބެލެވިފައިވެއެވެ.
އެންމެ ބޮޑު ޝަހަރަކީ ކުއެޒޮން ސިޓީއެވެ. ވެރިކަން ކުރަނީ މެނީލާގައެވެ. 
ފިލިޕީންސަކީ ޔުނިޓަރީ ޕްރެޒިޑެންޝަލް ކޮންސްޓިޓިއުޝަނަލް ރިޕަބްލިކެކެވެ. ފިލިޕީންސްގެ އާބާދީއަކީ 92 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 1845 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ph. އެވެ. ކޯލިން ކޯޑަކީ +63 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ފިލިޕީނޯ ޕެސޯއެވެ.

ފިލިޕީންސަށް މި ނަން ކިޔާފައިވަނީ އިސްޕެއިނުގެ ރަސްގެފާނު ފިލިޕް 2 ވަނައިގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިހާރު މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ދަ ފިލިޕީންސްއެވެ.

ފިލިޕީންސަކީ 7107 ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. ފިލިޕީންސުގެ ބިމުގެ ބޮޑު މިނަކީ 300000 އަކަ ކިލޯމީޓަރެވެ. ފިލިޕީންސުގެ ހުޅަނގުގައި އޮތީ ދެކުނު ޗައިނާ ކަނޑެވެ. އިރުމަތީގައި އޮތީ ފިލިޕީންސު ކަނޑެވެ.

ފިލިޕީންސުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މީގެ އެތައް ހާސް އަހަރެއް ކުރީންކަން އެނގޭނެ ހެކިތައް ފެންނަން އެބަހުށްޓެވެ. 
ފިލިޕީންސަށް މުސްލިމުން އައިސްފައިވަނީ 12 ވަނަ ޤަރުނުގެ ތެރޭގައެވެ. ފިލިޕީންސަށް އައި މުސްލިމުން ވަނީ ފިލިޕީންސުގައި މުސްލިމުންގެ ވެރިކަން ޤާއިމުކޮށްފައެވެ.
އިސްޕޭނު މީހުންގެ އަސަރު ފިލިޕީންސުން ފެންނަން ފަށާފައިވަނީ މީލާދީން 1521 އިން ފެށިގެންނެވެ. 

އިސްޕެއިނުގެ މިނިވަންކަން އިޢުލާންކުރެވުނީ 12 ޖޫން 1898 ގައެވެ. މާރޗް 24، 1934 އިން ފެށިގެން އަމިއްލަ ވެރިކަމެއް ހިންގުމުގެ ފުރުޞަތު ލިބިގެން ދިއުމަށް ފަހު، ބައިނަލްއަޤްވާމީ މަސްރަޙުގައި ފިލިޕީންސަކީ މިނިވަން ޤައުމެއްގެ ގޮތުގައި ޤަބޫލުކުރެވެން ފެށީ 4 ޖުލައި 1946 ގައެވެ.
ފިލިޕީންސުގައި މިހާރު ހިންގަމުންދާ ޤާނޫނު އަސާސީ ތަޞްދީޤު ކުރެވިފައިވަނީ 2 ފެބްރުއަރީ 1987 ގައެވެ.

އާބާދީގެ ގޮތުން 92 މިލިޔަނެއް ހައި މީހުން ތިބި ފިލިޕީންސަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް 12 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ފިލިޕީންސްގެ މުޅި އާބާދީގެ ތެރެއިން 11 މިލިޔަން މީހުން ދިރިއުޅެމުންދަނީ ޤައުމުން ބޭރުގައެވެ. މިއީ ފިލިޕީންސްގެ މުޅި އާބާދީގެ 11% އެވެ. 

ފިލިޕީންސްގެ ސަގާފަތަކީ އޮރިއެންޓަލް (އިރުމަތީގެ) ސަގާފަތާއި އޮސިޑެންޓަލް (ހުޅަނގުގެ) ސަގާފަތު އެއްވެގެން އުފަންވެފައިވާ ސަގާފަތެކެވެ.
މެލޭޝިޔާ އާއި ޗައިނާގެ އާސާރުތަކުން މުއްސަނދިކަން ހޯދާފައިވާ ފިލިޕީންސަށް އެމެރިކާގެ ނުފޫޒުން ވެސް ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. 
ގިނަ ދުވަސްތަކެއް ވަންދެން އިސްޕެއިނުގެ ވެރިކަން ހިނގާފައި އޮތް ތަނަކަށް ވާތީ އިސްޕޭނު މީހުންގެ ސަގާފަތުގެ އަސަރުތައް ވެސް ފިލިޕީންސުން ފެންނަން އެބަހުށްޓެވެ.

ފިލިޕީންސަކީ ކުރީން މާ ބޮޑެތި ކާރުޚާނާތަކެއް ނެތް ޤައުމެއް ކަމުގައި ވިޔަސް، މިއަދު ފިލިޕީންސު ވެފައިވަނީ ތަފާތު އެތައް ކާރުޚާނާއެއް ހިނގަމުންދާ ޤައުމަކަށެވެ.
ފިލިޕީންސްގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1845 ޑޮލަރެވެ. 




#Article 233: ވިއެޓުނާމު (372 words)


ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް ނުވަތަ ޢާއްމުކޮށް ކިޔާ ގޮތުން ނަމަ ވިއެޓްނާމް އަކީ އިންޑޯޗައިނާ ޕެނިންސޫލާގެ އެންމެ އިރުމަތީގައި އޮތް ޤައުމެވެ. 

ވިއެޓްނާމުގެ ރަސްމީ ބަހަކީ ވިއެޓްނާމީޒްއެވެ. 
އެންމެ ބޮޑު ޝަހަރަކީ ހޯޗީމިން ސިޓީއެވެ. ވެރިކަން ކުރަނީ ހަނޯއީގައެވެ. 
ވިއެޓްނާމަކީ ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. އަދި ހަމަ އެހެންމެ ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ވިއެޓްނާމުގެ އާބާދީއަކީ 86 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 2793 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.33 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ vn. އެވެ. ކޯލިން ކޯޑަކީ +84 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވިއެޓްނާމީ ޑޮންގްއެވެ.

ވިއެޓްނާމް، މި ނަން އެ ޤައުމުގެ ރަސްމީ ނަމެއްގެ ގޮތުގައި ބޭނުން ކުރައްވަން ފެށްޓެވީ 1804 ވަނަ އަހަރުގައި އެމްޕެރަރ ޖިއާ ލޮންގއެވެ. މިއީ “ނާމް ވިއެޓް” މި ނަމުން ނެގިފައިވާ ނަމެކެވެ. މީގެ މާނައަކީ ދެކުނު ވިއެޓް އެވެ. މިއީ ޤަދީމީ ޒަމާނުގައި މި ޤައުމަށް ކިޔާފައިވާ ނަމެވެ. 1839 ގައި އެމްޕެރަރ މިން މާންގް އެ ޤައުމުގެ ނަން “ދައި ނާމް” ނުވަތަ “ގްރޭޓަރ ސައު^ް” އަށް ބަދަލު ކުރެއްވިއެވެ. 1945 ގައި އެ ޤައުމުގެ ނަމަކީ ވިއެޓްނާމް ކަމުގައި އަލުން ހަމަޖެހުނެވެ.

ވިއެޓްނާމުގެ އުތުރުގައި އޮތީ ޗައިނާއެވެ. ހުޅަނގު އުތުރުގައި އޮތީ ލާއޯސްއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެންބޯޑިޔާއެވެ. އިރުމަތީގައި އޮތީ ދެކުނު ޗައިނާ ކަނޑެވެ. 

ވިއެޓްނާމުގެ ގޮތުގައި މިއަދު އޮތް ސަރަޙައްދުގައި އިންސާނުން ވަޒަންވެރިވެފައިވާތާ އެތައް ހާސް އަހަރެއް ވެއްޖެކަމަށް ތާރީޚީ ހެކިތަކުން ސާބިތުވެއެވެ. 
ތަންހޯ ޕްރޮވިންސުގައި ހުރި އާސާރީ ތަންތަނުގެ ތެރޭގައި އެތައް ހާސް އަހަރެއް ވެފައި ހުރި ތަންތަން އެބަހުށްޓެވެ. 
ވިއެޓްނާމުގެ މިނިވަންކަމަށް އެތައް ފަހަރެއްގެ މަތީން ފަރަންސޭސީން ވަނީ އަރައިގެންފައެވެ. މި ގޮތުން 1859 ވަނަ އަހަރުން ފެށިގެން 1885 ވަނަ އަހަރާ ދެމެދު ދީފައިވާ ޙަމަލާތައް ފާހަގަކޮށްލެވެއެވެ.
ފަރަންސޭސީންގެ ދަށުގައި އޮތުމުގެ ސަބަބުން ހުޅަނގުގެ ތަޢުލީމީ ނިޒާމު ވިއެޓްނާމުގައި ޤާއިމުވެގެން ދިޔައެވެ. އަދި ހަމަ އެހެންމެ ވިއެޓްނާމުގެ މުޖުތަމަޢުގައި ޢީސާއީ ދީން ފުރަތަމަ ފަހަރަށް ފެތުރިގެން ދިޔައީ ވެސް މި ދުވަސްވަރުއެވެ.
މަޝްހޫރު ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ލަޝްކަރުތަކަށް ލިބިގެން ދިޔަ ނާކާމިޔާބީއަކީ މިއަދު ވެސް ވިއެޓްނާމުގައި ފާހަގަކުރަމުންދެއެވެ. 
ދައި ވިއެޓްގެ ގޮތުގައި 1054 ގައި ޤާާއިމުވި ދައުލަތް 1853 އާއި 1883 އާ ދެމެދު ފަރަންސޭސިވިލާތުގެ ދަށަށް ދިޔައެވެ. 
ފަރަންސޭވިލާތުގެ ކިބައިން މިނިވަންވީ 2 ސެޕްޓެންބަރު 1945 ގައެވެ. ވަކިވެފައި އޮތް ދެ ވިއެޓްނާމް އަލުން އެއް ވެގެން ދިޔައީ 30 އެޕްރީލް 1975 ގައެވެ. 
މިހާރު ވިއެޓްނާމުގައި ހިންގަމުންދާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނީ 19 ޑިސެންބަރ 1980 ގައެވެ. 

އާބާދީގެ ގޮތުން 86 މިލިޔަނެއް ހައި މީހުން ތިބި ފިލިޕީންސަކީ މުޅި ދުނިޔެއަށް ބަލާއިރު 13 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ވިއެޓްނާމުގެ އާބާދީގެ 86.2% އަކީ ކިންހ ނަސްލުގެ މީހުންނެވެ. މީގެ އިތުރުން ފާހަގަ ކޮށްލެވޭ ނަސްލުތަކުގެ ތެރޭގައި ހްމޮން، ޑާއޯ، ޓައި، ތައި، އަދި ނުންގ ނަސްލު ހިމެނެއެވެ. 

ވިއެޓްނާމުގައި އެންމެ ގިނައީ ބުދިސްޓުންނެވެ. އެމީހުންނަކީ އާބާދީގެ 85% މީހުންނެވެ. 8% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 3% މީހުންނަކީ ކާއޮޑައިޒަމަށް ތަބަޢަވާ މީހުންނެވެ. އެހެން ދީންތަކަށް ތަބަޢަވާ މީހުންގެ ނިސްބަތަކީ 4% އެވެ.
ވިއެޓްނާމުގެ ސަގާފަތު ބިނާވެފައިވަނީ ޗައިނާ އާއި އިންޑިޔާގެ ސަގާފަތުގެ މައްޗަށެވެ. މީގެ އިތުރުން ޔޫރަޕުގެ އިސްތިޢުމާރުގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ މައްޗަށެވެ.

ވިއެޓްނާމުގެ އިޤްތިޞާދު ބިނާވެފައިވަނީ ހަނޑުލުގެ ދަނޑުވެރިކަމުގެ މައްޗަށެވެ. ވިއެޓްނާމު ހަނގގުރާމައިގެ ސަބަބުން އިޤްތިޞާދަށް ހީނަރުކަމެއް ލިބިގެން ދިޔަ ނަމަވެސް، މިއަދު ވިއެޓްނާމުގެ އިޤްތިޞާދުގެ ދުވެލި ހުރީ ކުރިޔަށެވެ. 




#Article 234: ޖަރުމަނުވިލާތް (221 words)


ޖަރުމަނަކީ ޔޫރަޕުގެ ބައްރުގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. 

ޖަރުމަނުގެ މީހުންނަކީ އީރާނުގެ ދަރިކޮޅަކުން އައިސްފައި ތިބި މީހުން ކަމުގައި ޖެނެޓިކް ހޯދުންތަކުން ވަނީ ދައްކާފައެވެ. ޖަރުމަނު މީހުންނާ ނަސްލުގެ ގޮތުން ވަރަށް ގާތް ބައެއްގެ ގޮތުގައި ޕޮޝްތޫ ދަރިކޮޅުގެ މީހުން ވަނީ ފާހަގަ ކުރެވިފައެވެ.
ޖަރުމަނު ސަރަޙައްދުގައި މީހުން ވަޒަންވެރިވިތާ އެތައް ޒަމާނެއް ވެއްޖެއެވެ. 
ޖަރުމަނުގެ ތާރީޚުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި 962 ވަނަ އަހަރުން 1806 އަހަރަށް ޤާއިމުވެފައި އޮތް ހޮލީ ރޯމަން އެންޕަޔަރ ހިމެނެއެވެ.

ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުގައި ތިބި ޔަހޫދީންގެ ގިނަ ބަޔަކު ވަނީ ގޭސް ޗެންބަރުތަކުގައި މަރާލެވިފައެވެ.

އާބާދީގައި 82 މިލިޔަން މީހުން ތިބި ޖަރުމަނަކީ ޔޫރަޕިއަން ޔޫނިއަންްގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެހެން ނަމަވެސް މުޅި ޔޫރަޕުގައި ވެސް ދަރިމައިވާ ނިސްބަތް އެންމެ ދަށް ޤައުމަކީ ޖަރުމަނެވެ. ޖަރުމަނުގައި އެވަރެޖުކޮށް އަންހެނަކަށް ޖެހެނީ 1.41 ކުދިންނެވެ. 

ޖަރުމަނުގެ ވަޒަންވެރިންގެ ތެރެއިން 19% މީހުންނަކީ ބިދޭސީ މަތިކޮޅަކުން އައިސްފައި ތިބި މީހުންނެވެ. މި ގޮތުން ބަލާއިރު ޖަރުމަނުގެ މުސްކުޅިންނަށް ވުރެ އެ ޤައުމުގެ ޒުވާނުން ބިދޭސީ މަތިކޮޅަކާ ގުޅިފައިވުން ގިނައެވެ. 
ޖަރުމަނުގެ 15 އަހަރުން ދަށުގެ އާބާދީގެ ތެރެއިން 30% މީހުންގެ މައިންބަފައިންގެ ތެރެއިން ކޮންމެ ވެސް އެކަކީ ޖަރުމަނުން ބޭރުގައި އުފަންވެފައިވާ މީހެކެވެ. 
ބޮޑެތި ޝަހަރުތަކަށް ބަލާއިރު 5 އަހަރުން ދަށުގެ އާބާދީގެ 60% ކުދީންގެ މަންމަ ނުވަތަ ބައްޕައަކީ ޖަރުމަނުން ބޭރުގައި އުފަންވެފައިވާ މީހެކެވެ.
މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ތުރުކީ ދަރިކޮޅުން އައިސްފައިވާ މީހުންނެވެ. ސަގާފަތު
ޖަރުމަނުގެ އާބާދީގެ 64% މީހުންނަކީ ކްރިސްޓިޔަނުންނެވެ. އާބާދީގެ 5% އަކީ މުސްލިމުންނެވެ. ޖަރުމަނުގެ އާބާދީގައި ކޮންމެ ވެސް ވަރަކަށް ބުދިސްޓުންނާއި ޔަހޫދީން އަދި ހިންދޫންނާއި ސިކުން އުޅެއެވެ.
އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުން ވެސް ޖަރުމަނުގައި ވަރަށް ގިނައެވެ. މި މީހުންނަކީ އާބާދީގެ ނިސްބަތުން 29.6% އެވެ.
ޖަރުމަނަކީ ޅެންވެރިންނާއި ވިސްނުންތެރިންގެ ބިމުގެ ގޮތުން މަޝްހޫރުވެފައިވާ ޤައުމެކެވެ. ކުޅިވަރަކީ ޖަރުމަނު މީހުންގެ ދިރިއުޅުމުގެ އެއްބައެވެ. މުޅި ދުނިޔޭގައި ވެސް ބްރެޒިލް ނަގާފައި ފުޓުބޯޅައިގައި އެންމެ ނަގާ ކިޔާ ޤައުމަކީ ޖަރުމަނެވެ.




#Article 235: މިޞްރު (1520 words)


މިޞްރަކީ ޢަރަބި ދުނިޔޭގައި އޮތް އެއްމެ އާބާދީ ބޮޑު ޤައުމެވެ. މިޞްރުގެ ފުރިހަމަ ނަމަކީ އަރަބު ރިޕަބްލިކް އޮފް އިޖިޕްޓް އެވެ. މިޞްރަކީ ދުނިޔޭގެ ބޮޑު ދެބައްރުގެ ދެބައި އެގައުމެއްގައި ޙިއްޞާވާ ހަމަ އެކަނި ގައުމެވެ. އެއީ އެފްރިކާ ބައްރުގައި ހިމެނޭ ބަޔާއި، އޭޝިޔާ ބައްރު ގައި ހިމެނޭ ބައެވެ. މިޞްރުގެ ގިނަ ސިޓީތައް އެކުލެވިގެންވަނީ އެފްރިކާ ބައްރު ގައި ހިމެނޭ ބައިގައެވެ. އޭޝިޔާ ބައްރުގައި އޮންނަނީ އިސްރާއީލް އާއި 1973 ވަނަ އަހަރު ކުރި އޮކްޓޯބަރ 6 ހަގުރާމައިގައި އިސްރާއީލްގެ އަތްދަށުން މިނިވަން ކުރެވުނު ބައި ކަމުގައިވާ ސިނާއީ ޕެނިންސޫލާ އެވެ. މިއީ ދެ ސިޓީ ނުވަތަ ޝަހަރެއްގެ ގޮތުގައި އިދާރީ ގޮތުން ބެލޭ ތަނެކެވެ.

ބޮޑު މިނުގައި 386،560 އަކަ މޭލު ހުންނަ މިޞްރާއި ބޯޑަރު ކުރެވިފައިވާ ގައުމު ތަކަކީ ހުޅަގަށް އޮންނަ ލީބިޔާ، ދެކުނަށް އޮންނަ ސޫދާން، އިރުމަތިން އޮންނަ ފަލަސްތީން އަދި އިޒްރޭލް އެވެ. އުތުރުން މިޞްރު އޮންނަނީ މެދުތެރޭ ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. މަޝްހޫރު ސުއޭޒް ކެނަލް އޮންނަނީ ކުރިން ބުނި އެފްރިކާ ބައްރުގައި އޮންނަ ބަޔާއި، އޭޝިޔާ ބައްރުގައި އޮންނަ ބަޔާއި ދެމެދު ގައެވެ. 1956 ވަނަ އަހަރު ހުޅުވުނު ސުއޭޒް ކެނަލް އަކީ ރަތް ކަނޑާއި، މެދުތެރޭ ކަނޑު ގުޅުވާލުމަށް ބިންކޮނެގެން ތައްޔާރު ކުރެވުނު ތަނެކެވެ. 

ދުނިޔޭގެ އާބާދީ 15 ވަނަ އަށް އެންމެ ބޮޑު ގައުމަކީ މިޞްރެވެ. އަދި ނައިޖީރިޔާ އަށްފަހު އެފްރިކާގައި އޮތް ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމަކީ ވެސް މިޞްރެވެ. މިޞްރުގެ އާބާދީގައި ހިމެނޭ 76.5 މިލިއަން މީހުންގެ ބޮޑު ބައެއް ދިރި އުޅެނީ ނީލަ ކޯރުގެ ވަށައިގެންވާ ހިސާބުތަކުގައެވެ. އަރަބި ދުނިޔޭގެ ދަނޑުވެރިކަން މައިގަނޑު ގޮތެއްގައި ފެންނަން ހުރީ ވެސް މިހިސާބުންނެވެ. ބުނެވޭގޮތުގައި މިޞްރުގެ އާބާދީގައި ގެދޮރު ޢިމާރާތް ކޮށްފައިވަނީ ބިމުގެ އެންމެ 5 އިންސައްތައިގައެވެ. ބާކީ ބައި ބޭނުންކުރެވެނީ ދަނޑުބިމާއި، ހަނަފަސް ސަހަރާގެ ގޮތުގައެވެ.

މިޞްރުގެ އާބާދީގެ 3/1 ބައި ދިރިއުޅެނީ ބޮޑު ކައިރޯގެ ނަމުން ނަންދެވިފައިވާ ވެރިރަށް ގާހިރާ ގައެވެ. ބޮޑު ކައިރޯ އޭ ކިޔަނީ ވެރިރަށް ގާހިރާ ނުވަތަ ކައިރޯ އާއި ކައިރޯ އާއި ވިދިގެން ހުޅަގަށް އޮންނަ ޖީޒާ އަދި އުތުރަށް އޮންނަ ގަލްޔޫބިޔާ ސްޓޭޓް ހިމަނައިގެންނެވެ. ކައިރޯ އަކީ މެދު އިރުމަތި، އެފްރިކާ، އަދި އަރަބި ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޝަހަރު އެވެ. 

މިޞްރުގެ ތާރީޚާއި ޚަޟާރަތަކީ ދުނިޔޭގެ އެކިއެކި ޚަޟާރަތްތަކުން ވެސް ހޮވާލެވޭ ފަދަ ފާހަގަ ކުރެވޭ ޚަޟާރަތެކެވެ. ދުނިޔޭގެ ނިސްބަތުން މަޝްހޫރު ބައެއް އާޘާރު ތައް މިޞްރުގެ ބިމުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި މިޞްރުގެ ޖީޒާގައިވާ ޕިރަމިޑް ތަކާއި، އެހިސާބުގައިވާ ސްފިންކްސްގެ ނަންދީފައިވާ ބުދާއި، އަދި މިޞްރުގެ އުޤްޞަރު ސިޓީގައިވާ ކަރުނަކް ފައްޅި ފާހަގަ ކޮށްލެވެއެވެ. މިއަދު މިޞްރު ފާހަގަ ކުރެވެނީ މެދު އިރުމަތީގެ ޘަޤާފީ އަދި ސިޔާސީ މުހިއްމު މަރުކަޒެއްގެ ގޮތުގައެވެ. 

 
ގަދީމީ ޒަމާނުގައި މިޞްރަށް ކިމްތު އޭ ކިޔައި އުޅުނެވެ. މީގެ މާނައަކީ ކަޅު ބިން މިއެވެ. މިޒަމާނުގައި ކިޔައި އުޅޭ ނަން މިޞްރު އައިސްފައިވަނީ ސާމީ ބަހުން ކަމަށް ބުނެވެއެވެ. މިޞްރު މިނަމުގައި މިޞްރަށް ނިސްބަތްކޮށް ކީރިތި ގުރުއާނުގައި ވެސް މިޞްރުގެ ނަން ވާރިދު ވެފައި ވެއެވެ. މިޞްރު މިލަފުޒާއި އިބްރީ ބަހުން ކިޔައި އުޅޭ މިޞްރާޔިމް އާއި ގުޅުމެއްވާކަމަށް ބެލެވެއެވެ. މިޞްރާޔިމްގެ މާނައަކީ ގައުމު ނުވަތަ ޝަހަރު އެވެ. އަރަބި ބަހުން ކިޔައި އުޅޭ މިޞްރުގެ މާނައަކީ ވެސް މިއީ އެވެ. 

އިގިރޭސި ބަހުން މިޞްރަށް ކިޔާ އިޖިޕްޓް މިނަން ނެގިފައިވަނީ ލެޓިން ބަހެއްކަމަށްވާ އިޖިޕްޓޫސް މިބަހުންނެވެ. މިއީ ގަދީމީ ގްރީކު ބަހެއްކަމަށްވާ އިޖިޕްޓޯސް އިން ނެގިފައިވާ ބަހެކެވެ. 

 
ބަރުލަމާނީ ނިޒާމަށް ފެތޭގޮތަށް މިޞްރުގެ ގާނޫނު އަސާސީ ތަންފީޒު ކުރެވުނީ 1923 ވަނަ އަހަރު އެވެ. އަދި 1924ގައި މިޞްރުގެ ބޮޑު ވަޒީރަކަށް ސަޢުދު ޒަޣުލޫލް އިސްކުރެވުނެވެ. 1952 ގައި މިޞްރުގެ ސިފައިންގެ ތެރެއިން ބޮޑުންގެ ބަޔަކު ގެނައި އިންގިލާބަށް ފަހު މިޞްރުގައި އޮތް ޒަމާންވީ ރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިޞްރު ޖުމުހޫރިއްޔަތެއްގެ ގޮތުގައި އިޢުލާން ކުރެވިގެން ދިޔައީ 18 ޖޫން 1953 ގައި މިޞްރުގެ ފުރަތަމަ ރައީސަކަށް ޖެނެރަލް މުހައްމަދު ނަޖީބް އިސްކުރެވުމުންނެވެ. 1954 ގައި ޖަމާލު ޢަބުދުއް ނާޞިރު އަޑީގައި ހުންނަވައިގެން މުޙައްމަދު ނަޖީބު އިސްތިއުފާ ދެއްވުމަށް ޕްރެޝަރުތައް ކުރިމަތި ކުރެއްވި އެވެ. ފުރިހަމަ ޖުމްހޫރިއްޔާ އެއްގެ ގޮތުގައި މުޅިން އިގިރޭސިން އަތްދަށުން މިޞްރު މިނިވަން ކުރެވުނީ 18 ޖޫން 1956 ގައެވެ. އެއީ ޖަމާލު ޢަބުދުއް ނާޞިރު މިޞްރުގެ ވެރިކަމަށް އިސްވެ ވަޑައިގަތް ދުވަސް މެއެވެ. ޖަމާލު ޢަބުދުއް ނާޞިރުގެ ވެރިކަމުގައި 26 ޖުލައި 1956 ގައި ސުއޭޒް ކެނަލް  ރަސްމީގޮތުން ހުޅުވުނެވެ. 

 
ކުރިން ވެސް ބުނެވުނު ހެން މިޞްރު ޖުމްހޫރިއްޔަތެއްގެ ގޮތުގައި އިޢުލާނު ކުރެވިގެން ދިޔައީ 18 ޖޫން 1953 ގައެވެ. މިޞްރުގެ ވެރިކަމަށް މިހާރު ހުންނެވި ރައީސް މުޙައްމަދު ހުސްނީ މުބާރަކު އިސްކުރެވުނީ 14 އޮކްޓޯބަރު 1981 ގައެވެ. އެއީ އޭރު ހުންނެވި ރައީސް އަންވަރު ސާދާތު ކައިރޯގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ބަޑިޖަހައި އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. 

ރިޔާސީ 5 ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ މުޙައްމަދު ހުސްނީ މުބާރަކަކީ މިޞްރުގެ ވެރިކަން ހިންގާ ސިޔާސީ ޕާރޓީ ނޭޝަނަލް ޑިމޮކްރަޓިކް ޕާޓީގެ ރައީސް ވެސް މެއެވެ. މިހާރުގެ ބޮޑު ވަޒީރު ޑރ އަހުމަދު ނަޒީފް އެމަގާމަށް އިސްކުރެވުނީ 9 ޖުލައި 2004 ގައެވެ. އެއީ އޭރުގެ ބޮޑު ވަޒީރު ޑރ ޢާޠިފް ޢުބައިދު އިސްތިއުފާ ދެއްވުމުންނެވެ. ޖެހިޖެހިގެން ފަސްވަނަ ރިޔާސީ ދައުރު ކާމިޔާބު ކުރައްވައި މިޞްރުގެ ވެރިކަމަށް އެންމެ ފަހުން މުބާރަކު އިސްވެ ވަޑައިގަތީ ސެޕްޓެމްބަރު 2005 ގައެވެ. 

 
މިޞްރުގެ ޢަސްކަރީ ސިފައިންގެ ލަޝްކަރަކީ އެފްރިކާގައި އޮތް އެންމެ ބާރު ގަދަ ޢަސްކަރީ ބާރެވެ.އަދި އެއީ މެދު އިރުމަތީގައި އޮތް ޢަސްކަރީ ގޮތުން ދެވަނަ އަށް އެންމެ ބޮޑު ބާރުވެސް މެއެވެ. މިޞްރުގެ ޢަސްކަރީ ސިފައިންގެ ގޮތުގައި 450 ހާސް މީހުން ހަރަކާތްތެރި ވެއެވެ. ސްޕައި ސެޓެލައިޓެއް މިލްކުވެގެންވާ ހަމައެކަނި އަރަބި އަދި އެފްރިކާގެ ގައުމަކީ ވެސް މިޞްރެވެ. މިހާރު ހުރި އިޖިޕްޓް ސެޓް-1 ގެ އިތުރުން ކުރިއަށް 2 އަހަރުގެ ތެރޭގައި އިތުރު 3 ސްޕައި ސެޓެލައިޓް ގާއިމު ކުރުމަށް މިޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ. 

މިޞްރުގެ ވައިގެ ދިފާޢީ ބާރު ވަރުގަދަ ކުރުމުގެ ގޮތުން މިހާރު ވަނީ އެމެރިކާއިން އެފް-15 މަރުކާގެ ހަގުރާމަ މަތީ ބޯޓްތަކެއް ގަތުމަށް އެދިފައެވެ. އަދި މިބޯޓްތައް ލިބުމުން އިޒްރޭލާއީ އެއްހަމައަކަށް އާދެވޭނޭ ކަމަށް ބެލެވެއެވެ. އެހެންކަމުން އިޒްރޭލުން މަސައްކަތް ކުރަމުންދަނީ އެމެރިކާއިން މިބޯޓްތައް މިޞްރަށް ވިއްކުން ހުއްޓުވޭތޯ އެވެ. 

އުމުރުން 18 އަހަރު ވެފައިވާ ކޮންމެ ފިރިހެނަކަށް ވަކި މުއްދަތެއްވަންދެން މިޞްރު ސިފައިންގެ ތެރޭގައި އުޅެން ޖެހެއެވެ. ނަމަވެސް ޢާއިލާގައި ހުރީ އެންމެ ފިރިހެން ކުއްޖެއްނަމަ އެމީހަކު މި ގަވާޢިދުން އިސްތިސްނާވެއެވެ. ކިޔަވާ ކުދިންނަށް ވެސް އުމުރުން 28 ވަންދެން ސިފައިން ގެއަށް ވަދެ ކުރަން ޖެހޭ ޚިދުމަތް ލަސްކޮށްލެވެއެވެ. ނަމަވެސް މިގޮތަށް ލަސްކޮށްލި ނަމަވެސް ކިޔަވައި ނިމުމުން އޮންނަ މުއްދަތެއް ސިފައިންގެ ތެރޭގައި ޚިދުމަތް ކުރަން ޖެހެއެވެ. 

 
އިދާރީ ގޮތުން މިޞްރު ވަނީ ތަފާތު 27 ސްޓޭޓަކަށް ބަހާލެވިފައެވެ. މިގޮތުން ބަހާލައިފާ ސްޓޭޓްތައް ތިރީގައި މިވަނީ އެވެ. 

       

   

   

 

 

 

 

 

    

    

  

 
މިޞްރުގެ އިގްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ދަނޑުވެރިކަން، ފަތުރު ވެރިކަން، ޕެޓްރޯލް ބޭރުކޮށް ވިއްކުން، އަދި މީޑިއާ ގެ މައްޗަށެވެ. މިޞްރުގެ 3 މިލިއަނަށްވުރެ ގިނަ މީހުން ބޭރު ގައުމު ތަކުގައި މަސައްކަތް ކުރެއެވެ. އެންމެ ގިނަ ބަޔަކު މަސައްކަތްކުރަނީ ސަޢޫދީ އަރަބިއްޔާ ގައެވެ. މީގެ އިތުރުން ޚަލީޖްގެ އެހެނިހެން ގައުމުތަކާއި، ޔޫރަޕްގެ ގައުމު ތަކުގައި ވެސް މިޞްރު މީހުން އުޅެއެވެ. 

ޢާންމު ގޮތެއްގައި ގޭހާއި ތެޔޮ ނަގަނީ މިޞްރުގެ ހުޅަގު ސަހަރާގެ ތެރެއިންނާއި، ނައިލް ޑެލްޓާގެ ސަރަހައްދާއި، ސުއޭޒް ކަނޑުއޮޅި އޮތް ސަރަހައްދުންނެވެ. 1991 ވަނަ އަހަރު އެކަނި ވެސް މިޞްރުގައި 1.1 މިލިއަން ކިއުބިކް މީޓަރު ގެ ގޭސް ރައްކާކޮށްފައި ހުއްޓެވެ. މިފަަހަކަށް އައިސް މިޞްރުގެ އިގްތިޞާދު ރަގަޅުވަމުން އަންނަކަން ދަނީ ފާހަގަ ކުރެވެމުންނެވެ. 

 
ދީނަކީ މިޞްރު މީހުންގެ ހިތްތަކުގައި ވަރަށް މާތް ގަދަރެއް ދެވިފައިވާ އެއްޗެކެވެ. މުސްލިމުން ގިނަ މިގައުމުގެ މަގުތަކުން ކޮންމެ ދުވާލަކު 5 ނަމާދުގެ ބަންގީގެ އަޑުއިވި ހުރެއެވެ. މިޞްރުގެ ވެރިރަށް ކައިރޯ ފާހަގަ ވެފައިވަނީ މިސްކިތުގެ މުންނާރު ތަކާއި، ފައްޅީގެ ޓަވަރުތައް ގިނަ ޝަހަރެއްގެ ގޮތުގައެވެ. 

މިޞްރުގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އަނެއްބައި 10 އިންސައްތަ ހިއްޞާކުރަނީ މަސީޙީންނެވެ. މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަނީ ސުންނީނަށެވެ. ނަމަވެސް ޝީޢީންނާއި އަދި ސޫފީން ވެސް މަދުން ނަމަވެސް އުޅެއެވެ. 

ސުކޫލް ތަކުގައި އިސްލާމް ދީން ކިޔަވައިދެނީ ޙަނަފީ މަޛުހަބަށެވެ. މިސްކިތްތަަކާއި ދީނީ ބިނާތައް ބަލަހައްޓަމުން ގެންދަނީ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒްގެ ފަރާތުންނެވެ. މިސްކިތް ތަކުގެ އިމާމުންނަކީ އަޒުހަރު ޔުނިވަސިޓީގައި ގާއިމްކޮށްފައިވާ އިމާމުންނަށް ޚާއްޞަ އިންސްޓިޓިއުޓަކުން ތަމްރީނު ކުރެވިފައިވާ ބައެކެވެ. 

 
ބޮޑު މިނުގައި 386،560 އަކަ މޭލު ހުންނަ މިޞްރަކީ ދުނިޔޭގެ 30 ވަނަ އަށް އެންމެ ބޮޑު ގައުމެވެ. ކުރިން ވެސް ބުނެވުނު ހެން މިޞްރުގެ އާބާދީގެ 99 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ނީލަ ކޯރުގެ ވަށައިގެންވާ ހިސާބު ތަކުގައެވެ. މާނައަކީ މީހުން ދިރިއުޅެނީ ގާތްގަނޑަކަށް ބިމުގެ 5 އިންސައްތައިގައެވެ. 

މިޞްރު ބެލެވިފައިވަނީ ދުނިޔޭގެ އެންމެ ހަނަފަސް އެއް ގައުމުގެ ގޮތުގައެވެ. ކައިރޯގެ ދެކުނުން އޮންނަ ހިސާބަށް އަހަރެއްގެ ތެރޭގައި 5-2 މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ދައްކައެވެ. ސިނާއީ ޕެނިންސޫލާ އަށާއި އެހެން ބައެއް ސިޓީތަކަށް މަދުން ނަމަވެސް ސްނޯ ފައިބާކަން ފާހަގަ ކުރެވެއެވެ. ހޫނު މޫސުމުގައި ފިނިހޫނު މިން 32-27 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައި ހުންނަ އިރު ރަތް ކަނޑުގެ އައްސޭރީގެ ހިސާބަށް ބައެއް ފަހަރު 42 ޑިގްރީ ސެލްޒިއަސް އަށް ހޫނު މައްޗަށް ދެއެވެ. ފިނި މޫސުމުގައި ފިނި ހޫނު މިން އުޅެނީ ޢާއްމު ގޮތެއްގައި 21-13 ޑިގްރީ ސެލްޒިއަސްއާއި ދެމެދުގައެވެ. 

ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިޞްރަކީ ހުޅަނގު އޭޝިޔާއަށާއި އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ޢަރަބި ބަހުން މި ޤައުމަށް ކިޔަނީ މިޞްރެވެ. ޢަރަބި ބަހުގެ މިޞްރީ ލަހެޖާއިން ކިޔަނީ މަޞްރެވެ. ޤިބްޠީ ބަހުން ކިޔަނީ ކީމިއެވެ. މިޞްރީ ބަހުން ކިޔަނީ ކެމެތެވެ. 
މިޞްރުގެ ބިމުން ހުޅަނގު އޭޝިޔާގައި އޮންނަނީ ސައިނާއީ ޕެނިންސޫލާއެވެ. 
އަވަސް ކަޅިއަކުން ބަލައިލުމެއް
މިޞްރުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ.
އެންމެ ބޮޑު ޝަހަރަކީ ޤާހިރާއެވެ. ވެރިކަން ކުރަނީ ވެސް ޤާހިރާގައެވެ. މިޞްރަކީ ސެމީ-ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. މިޞްރުގެ އާބާދީއަކީ 77 މިލިއަނެވެ. އެހެން ނަމަވެސް މިއަހަރާ ހަމަޔަށް އައިސްފައިވާ އިރު މިޞްރުގެ އާބާދީގައި 82 މިލިޔަން މީހުން ތިބޭނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ. ބިމުގެ ބޮޑުމިނަކީ 1.0 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ eg. އެވެ. ކޯލިން ކޯޑަކީ +20 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އިޖިޕްޝަން ޕައުންޑެވެ.
ނަން
މިޞްރަށް ކިޔާ އެންމެ ޤަދީމީ އެއް ނަމަކީ ކެމެތެވެ. ނުވަތަ “ކަޅު ބިމެވެ”. މި ނަން ނިސްބަތް ކުރެވިފައިވަނީ ނީލަކޯރުގެ އައްސޭރީގައިވާ، ދަނޑުވެރިކަމަށް ރަނގަޅު ކަޅު ފަހަށެވެ. މިއީ ދެޝްރެއްތް ނުވަތަ ސަޙަރާގެ ރަތް ފަހާއި ތަފާތު ފަހެކެވެ.
ޤިބްޠީ ބަހުން މިޞްރަށް ކިޔާ ނަން ކަމުގައިވާ ކީމި މި ނަމުގެ މާނައެއް ކަމުގައި ބެލެވިފައިވަނީ ވެސް ހަމަ މި މާނައެވެ.
ޢަރަބި ބަހުން ކިޔާ ނަން ކަމުގައިވާ “މިޞްރު” މި ނަމަކީ ސާމީ އަޞްލުގެ ނަމެކެވެ. މިއީ ޢިބްރާނީ ބަހުން ކިޔާ މިޞްރާއީމް މި ނަމާގުޅުން ހުރި ނަމެކެވެ. މީގެ މާނައަކީ ބިމުގެ ދެބައެވެ. މި ނަން ނިސްބަތް ކުރެވިފައިވަނީ މިޞްރުގެ މަތީ ބަޔަށާއި ތިރީ ބަޔަށެވެ. ހަމަމ އެހެންމެ މީގެ އަނެއް މާނައަކީ ކުރިއަރާފައިވާ ޤައުމު މި މާނައެވެ. 
އިނގިރޭސި ބަހުން ކިޔާނަން އިޖިޕްޓް ނެގިފައިވަނީ އިޤިބްޠު މި ނަމުންނެވެ. މިއީ މިޞްރުގެ ވަޒަންވެރިން ކަމުގައިވާ ޤިބްޠީންނަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ.
ޖުޣުރާފީ
މިޞްރުގެ އުތުރުގައި އޮތީ މެދުތެރޭ ކަނޑެވެ. އިރު އުތުރުގައި އޮތީ ޣައްޒާ އާއި އިސްރާއީލެވެ. އިރުމަތީގައި އޮތީ ރަތް ކަނޑެވެ. ދެކުނުގައި އޮތީ ސޫދާނެވެ. ހުޅަނގުގައި އޮތީ ލީބިޔާއެވެ.
މިޞްރަކީ މުޅި ދުނިޔޭގެ ނިސްބަތުން 38 ވަނައަށް އެންމެ ބޮޑު ޤައުމެވެ. މިޞްރުގެ ބޮޑު މިން މުޅި މެދުތެރޭ އެމެރިކާ ވަރުވެއެވެ. އިސްޕެއިނުގެ ދެ އިސްޕެއިން ވަރުވެއެވެ. އިނގިރޭސި ވިލާތުގެ ހަތަރުގުނަ ވަރުވެއެވެ. އެމެރިކާގެ ޓެކްސަސް އާއި ކެލިފޯނިޔާއާ އެއްކޮށްލީމާވާ ވަރުވެއެވެ.
މިޞްރަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޯރު ކަމުގައިވާ ނީލަކޯރު އެބިމެއްގެ ތެރެއިން ދެމިގެން ގޮސްފައިވާ ނަޞީބުވެރި ބިމެވެ.
ތާރީޚު
މިޞްރަކީ ދުނިޔޭގައި އިންސާނުން އެންމެ ކުރީން އުޅެން ފެށި ތަންތަނުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ.
އެންމެ ފުރަތަމަ މިޞްރުގައި ރަސްކަމެއް ފެށިފައިވަނީ 3000 މ.ކ ގައެވެ. އެއީ ރަސްގެފާނު މީނާ ފެށްޓެވި ރަސްކަމެވެ. މި ރަސްގެފާނަށް ފަހު މިޞްރުގައި އެތައް ޢާއިލާއަކުން ވެރިކަން ކޮށްފައިވެއެވެ.
މިޞްރުގެ ވެރިކަމުގައި ވަރަށް މަޝްހޫރު ރަސްރަސްކަލުން ރެދަލި ކުރައްވާފައިވެއެވެ. މި ގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ކިލިއޯޕެޓްރާ އާއި މަޝްހޫރު ފިރްޢައުނުން ހިމެނެއެވެ. 
މީލާދީން ހަތް ވަނަ ޤަރުނުގައި މިޞްރު ޢަރަބި މުސްލިމުންގެ ވެރިކަމުގެ ދަށަށް އައެވެ. އޭގެ ފަހުން މިޞްރުވެފައިވަނީ އިސްލާމީ ޙަޟާރަތުގެ މުހިއްމު ރަށަކަށެވެ.
މިޞްރުގެ ތާރީޚުގައި ދިމާވި އެންމެ ހިތްދަތި އެއްކަމަކީ މީލާދީން 14 ވަނަ ޤަރުނުގައި ކުރިމަތިވި ޠާޢޫންގެ ވަބާއެވެ. މި ބަލީގެ ސަބަބުން މުޅި މިޞްރުގެ އާބާދީގެ ތެރެއިން 40% މީހުންގެ ފުރާނަ ގެއްލިގެން ދިޔައެވެ. 
މިޞްރު އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 28 ފެބްރުއަރީ 1922 ގައެވެ. 
މިޞްރުގައި ޖުމްހޫރިއްޔާއެއް ޤާއިިމުކުރެވުނީ 18 ޖޫން 1953 ގައެވެ. މިޞްރުގެ ޤައުމީ ދުވަނީ 23 ޖުލައިއެވެ.
ޑެމޮގްރަފިކްސް
އާބާދީީގައި 77 މިލިޔަން މީހުން ތިބި މިޞްރަކީ އެފްރިކާ ބައްރުގައި އޮތް ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އަދި މެދުއިރުމަތީގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. ދުނިޔެއަށް ބަލާއިރު 16 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 1798 ވަނަ އަހަރުގައި ނަޕޯލިޔަން މިޞްރަށް ޙަމަލާދެއްވި އިރު މިޞްރުގެ އާބާދީގައި ތިބި ކަމަށް ލަފާކުރެވިފައިވަނީ 3 މިލިޔަން މީހުންނެވެ. 
މިޞްރުގެ އާބާދީގެ 98% މީހުންނަކީ މިޞްރީންނެވެ. ކޮންމެވެސް ވަރަކަށް ބަދަވީ ޢަރަބީން ވެސް މިޞްރުގެ އާބާދީގައި ޚާއްޞަކޮށް ސައިނާ ސަރަޙައްދުގައި ތިބިކަން ފާހަގަކުރެވެއެވެ.
މިޞްރުގެ އާބާދީގެ 80% އާއި 90% ދެމެދު މީހުންނަކީ މުސްލިމުންނެވެ. ނަޞާރާއިންގެ އާބާދީއަކީ 10% އާއި 20% މީހުންނެވެ.
ސަގާފަތު
މިޞްރުގެ ސަގާފަތަކީ 6000 އަހަރުގެ ލިޔެވިފައިވާ ތާރީޚެއް އޮތް ސަގާފަތެކެވެ. އާޓާއި ފަންނުގެ ރޮނގުގައި މިޞްރަށް ލިބިފައިވަނީ ވަރަށް ވެސް މަތިވެރި ވަނައެކެވެ. އަދަބިއްޔާތާއި ސަންގީތުގެ ރޮނގުގައި ވެސް މިޞްރަކީ ފާހަގަކޮށްލެވޭ ފަދަ ޤައުމެކެވެ.
އިޤްތިޞާދު
އިޤްތިޞާދީ ގޮތުން ބަލާއިރު މުޅި މެދު އިރުމަތީގައި ވެސް އޮތް އެންމެ ދުޅަހެޔޮ އެއް އިޤްތިޞާދަކީ މިޞްރުގެ އިޤްތިޞާދެވެ. މިޞްރުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 5896 ޑޮލަރެވެ.




#Article 236: ސައޫދީ އަރަބިއްޔާ (382 words)


ކިންގްޑަމް އޮފް ސައުދީ އަރަބިޔާ ނުވަތަ އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާ އަކީ އެރޭބިޔަން ޕެނިންސޫލާގައި އޮތް އެންމެ ބޮޑު ޤައުމެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު 14 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން ސަޢޫދީ މީހުންނަށް ކިޔަނީ ސައުދީސް ނުވަތަ ސައުދީ އަރަބިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރިޔާޒެވެ. ސަޢޫދީގެ ވެރިރަށަކީ ވެސް ރިޔާޒެވެ.
ސަޢޫދީ ޢަރަބިއްޔާއަކީ އިސްލާމިކް އެބްޒޮލިއުޓް މޮނާކީއެކެވެ. 
ޤައުމުގެ އާބާދީއަކީ 25 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 46 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sa. އެވެ. ކޯލިން ކޯޑަކީ +966 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސައުދި އަރަބިޔަން ރިޔާލެވެ.

ސަޢޫދީ ޢަރަބިއްޔާގެ ނަން ނިސްބަތްވަނީ މުޙައްމަދު ބިން ސުޢޫދަށެވެ. އެއީ މީލާދީން 18 ވަނަ ޤަރުނުގައި އުޅުއްވި ވެރިއެކެވެ.
ބައެއް ފަހަރު ސަޢޫދީ ޢަރަބިއްޔާއަށް “ދަ ލޭންޑް އޮފް ޓޫ ހޮލީ މޮސްކްސް” އޭ ވެސް ކިޔައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު އުތުރުގައި އޮތީ އުރުދުންއެވެ. އުތުރާއި އިރު އުތުރުގައި އޮތީ ޢިރާޤެވެ. އިރުމަތީގައި އޮތީ ކުވައިތާއި ޤަޠަރާއި ބަޙްރައިނާއި އެކުވެރި ޢަރަބި އިމާރާތެވެ. އިރުދެކުނުގައި އޮތީ ޢައްމާނެވެ. ދެކުނުގައި އޮތީ ޔަމަނެވެ. އިރުއުތުރުގައި އޮތް ކަނޑަކީ ޚަލީޖް ފާރިސެވެ. ހުޅަނގުގައި އޮތީ ރަތްކަނޑެވެ.

ސަޢޫދީ ޢަރަބިއްޔާ އޮތް ސަރަޙައްދަކީ ޤަދީމީ ތާރީޚެއް ލިބިފައިވާ ސަރަޙައްދެކެވެ. އެންމެ އިތުބާރު ހުރި ގޮތަކުން އެނގިފައިވާ ގޮތުގައި މި ބިމުގައި އެންމެ ފުރަތަމައަށް ދިރިއުޅެން ފެށި އިންސާނުންނާ ވެސް މިބިމާ ވަނީ ގުޅިފައެވެ. 
އިންސާނީ ނަޢުގެ ބައްޕަ އާއި މަންމަ ކަމުގައިވާ އާދަމުގެފާނާއި ޙައްވާގެފާނު މައްކާގެ ބިމުގައި ފައިންޕުޅު ބީއްސަވާފައިވާކަން ތާރީޚީ ފަތްފުށްތަކުން އެނގެއެވެ. 
އަދި މިއަދު މުސްލިމުންގެ ޤިބްލައެއް ކަމުގައި ހުރި ކަޢުބާ އެންމެ ފުރަތަމަ ބިނާ ކުރެއްވީ ވެސް އާދަމުގެފާނުކަމަށް ތާރީޚީީ ފަތްފުށްތަކުގައިވެއެވެ. 
މީލާދީން ހަތް ވަނަ ޤަރުނުގައި މުޙައްމަދުގެފާނުގެ ރިސާލަތު ފެށްޓެވި ބިމަކީ ވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ ބިމެވެ. އެހެން ނަމަވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ އަޞްލު ކަމުގައިވާ ސުޢޫދީ ދަރިކޮޅުގެ ވެރިކަން ފެށިފައިވަނީ 1744 ވަނަ އަހަރުގައެވެ. 
މި ދަރިކޮޅުގެ ފެށުމަކީ މުޙައްމަދު ބިން ސުޢޫދެވެ. އެއީ ރިޔާޒު ކައިރީގައި އޮންނަ ޓައުނެއް ކަމުގައިވާ އައްދަރްޢިއްޔާގެ ވެރިޔާއެވެ.
މުޙައްމަދު ބިން ސުޢޫދުގެ ބައިވެރިން ދީނީ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބްއާ ގުޅިގެން ސިޔާސީ ބާރެއް އުފެއްދިއެވެ. 18 ވަނަ ޤަރުނުގައި އުފަންވި މި އިއްތިޙާދަކީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހިނގަމުން އަންނަ ވެރިކަމުގެ ވެސް ބިންގަލެވެ. 
އެންމެ ފުރަތަމަ ސަޢޫދީ ދައުލަތް ދެމިއޮތީ 1744 އިން 1818 އަށެވެ. 
ދެވަނަ ސަޢޫދީ ދައުލަތް ދެމިއޮތީ 1824 އިން 1891 އަށެވެ. ތިންވަނަ ސަޢޫދީ ދައުލަތް ޤާއިމުވީ 1900 ވަނަ އަހަރުގައެވެ. އެއަށް ފަހު މިއަދާ ހަމަޔަށް ވެސް މި އޮތީ އެ ދައުލަތެވެ.

ސަޢޫދީ ޢަރަބިއްޔާގެ އަހުލުވެރީންގެ ތެރެއިން އެންމެން ވެސް ބެލެވިފައިވަނީ ޢަރަބީންގެ ގޮތުގައެވެ. އެހެން ނަމަވެސް ކުރީގައި އެ ބިމުގައި ވަޒަންވެރިވެފައިވާ ތުރުކީންނާއި ޙަބަޝީންނާއި ފާރިސީންގެ އަސަރުވެސް ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން ފާހަގަކުރެވެއެވެ. ކުރީގައި މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މި ބިމުގައި ވަޒަންވެރިވަމުން ދިޔަ ނަމަވެސް ޤައުމިއްޔަތުގެ ވަކިތަކުގެ ދަށުވެފައިވާ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ ބިމަކީ ހަމައެކަނި އެ ޤައުމުގެ ސިޔާސީ ސަރަޙައްދުގައި މިހާރު ވަޒަންވެރިވެ ތިބި މީހުންގެ ޙައްޤެކެވެ. 

ސަޢުދީ އަރަބިއްޔާގެ ސަގާފަތު ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އިސްލާމްދީނެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ޤަދީމީ ޢަރަބި އާދަތައް އަދިވެސް ގެންގުޅެވޭކަން ފާހަގަ ކުރެވެއެވެ. 




#Article 237: ބައްކާ (159 words)


ބައްކާ () އަކީ ޤުރުއާނުގައި ނަންގަނެވިފައިވާ ތަނެއްގެ ނަމެވެ. ބައްކާ ގެ ވާހަކަ ގުރުއާނުގައި އައިސްފައިވަނީ ޢާލް ޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތުގައެވެ. ބުނެވޭ ގޮތުގައި މިއީ އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެވުނު ތަނެކެވެ. އެހެން ކަމުން ބައެއް މީހުން މިތަނަކީ މައްކާގައި އޮންނަ ތަނެއް ކަމަށް ބުނެއެވެ. އަނެއް ބަޔަކު ބުނަނީ އެއީ ބައިބަލްގައިވާ ބައްކާގެ ވާދީ އާއި ގުޅިގެން އައިސްފައިވާ ނަމެއް ކަމަށެވެ. 

ބުނެވޭ ގޮތުގައި ބައްކާ އަކީ ކުރީގައި މައްކާ އަށް ކިޔޭ އެހެން ނަމެކެވެ. ބައްކާ އިން ރަމްޒުކޮށް ދެނީ އެންމެ ފުރަތަމަ މިސްކިތް ބިނާ ކުރެވުނު ތަނެވެ. އިސްލާމް ދީން ގައި ފުރަތަމަ ބިނާކުރެވުނު މިސްކިތެއް ކަމުގައި ބެލެވެނީ ކައުބަތުﷲ ގެފުޅެވެ. މިއީ އިބްރާހީމްގެ ފާނާއި ދަރިކަލުން އިސްމާޢީލްގެފާނު ބިނާކުރެއްވި ތަނެކެވެ. ވަރަށްގިނަ ފަތްފުތްތަކުގައި ބައްކާ އަކީ މައްކާ ކަމުގައި ލިޔެފައިވެއެވެ. 

މައްކާ އަށް ބައްކާ ޢާންމު ކޮށް ކިޔައި ނޫޅޭތީ ބައްކާ އަކީ މައްކާ ކަމާ މެދު ބައެއް ފަހަރު ޝައްކު ކުރެވޭ ތަން އާދެއެވެ. ބައެއް މީހުން ބުނަނީ ބައްކާ އަކީ ޢާންމުކޮށް ވާދީ އާއި ކޯރު ފަދަ ތަންތަނަށް ކިޔަ އުޅޭ ނަމެއް ކަމަށެވެ. މިސާލަކަށް މިޞްރުގައި ސީނާގައި އޮންނަ ވާދީ އަކަށް ވާދީ އަލްބައްކާ ނުވަތަ އަލްބައްކާ ވާދީ އޭ ކިޔައެވެ. އަދި މެރޯތު ގައި ވާ ގެލީލީ ސަރަހައްދުގެ މެދުގައި އޮންނަ ވާދީ އަކަށް ބައްކާ އޭ ކިޔައެވެ. މާނައަކީ މިފަދަ ކޮންމެ ތަނަކަށް ބައްކާ އޭ ކިޔައިިފާނެ ކަމެވެ. 




#Article 238: ދުނިޔެ (107 words)


ދުނިޔެ އަކީ އިންސާނުން ދިރިއުޅޭ ޕުލެނެޓު ކަމުގައިވާ ބިމަށް ކިޔާ ނަމެކެވެ. މިއަދު ދުނިޔޭގެ ބިމުގައި ގާތްގަނޑަކަށް 6.7 ބިލިއަން މީހުން ދިރި އުޅެމުން އެބަގެންދެއެވެ. 

'ދުނިޔެ' މި ބަސް ދިވެހި ބަހަށް އައިސްފައިވަނީ ޢަރަބި ބަހެއް ކަމުގައިވާ ދުންޔާ މި ބަހުންނެވެ.

ދުނިޔޭގައި އެއް ބިލިޔަން ނުވަތަ 1000 މިލިޔަނަށް ވުރެ އާބާދީ ބޮޑު އޮތީ ދެ ޤައުމެވެ. އެއީ ޗައިނާ އާއި އިންޑިޔާއެވެ. އެހެން ކަމާއެކު ދުނިޔޭގެ ކޮންމެ 5 މީހަކުން އެކަކީ ޗައިނާ މީހެކެވެ. އަދި 5 މީހުން އެކަކީ އިންޑިޔާ މީހެކެވެ. އެހެން ހުރިހާ ޤައުމަކަށް ބަހާލެވެނީ 5 މީހުންގެ ތެރެއިން 3 މީހުންނެވެ. 
ޗައިނާގެ އާބާދީއަކީ 1336 މިލިޔަނެވެ. އިންޑިޔާގެ އާބާދީއަކީ 1177 މިލިޔަނެވެ. 
މި ދެ ޤައުމުގެ އިތުރުން 100 މިލިޔަނަށް ވުރެ އާބާދީ ބޮޑު 9 ޤައުމު އެބައޮތެވެ. އެއީ: އެމެރިކާ (ޔޫ.އެސް) އާއި އިންޑޮނޭޝިޔާ އާއި ބްރެޒިލް އާއި ޕާކިސްތާނާއި ބަންގާޅާއި ނައިޖީރިޔާ އާއި ރަޝިޔާ އާއި ޖަޕާނާއިި މެކްސިކޯއެވެ. 




#Article 239: ޙަބުޝްކަރަ (278 words)


ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް އިތިޔޯޕިޔާ ނުވަތަ އިތިޔޯޕިޔާ އަކީ އެފްރިކާ ބައްރަށް ނިސްބަތްވާ “ބިންބަންދު”ނުވަތަ ލޭންޑްލޮކް ޤައުމެެކެވެ. ކުރީގައި ދިވެހި ބަހުން އިތިޔޯޕިޔާއަށް ކިޔަމުން އައި ނަމަކީ “ޙަބުޝްކަރަ” މިނަމެވެ.
އިތިޔޯޕިޔާއަކީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި މިއީ އެފްރިކާ ބައްރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމު ވެސްމެއެވެ. 
އިންސާނުން ދިރިއުޅެން ފެށި ކަމުގެ އެންމެ ކުރީގެ ނިޝާންތައް ފެނިފައިވާ އެއް ޤައުމަކީ ވެސް އިތިޔޯޕިޔާއެވެ.

އިތިޔޯޕިޔާގެ ރަސްމީ ބަހަކީ އަމްހަރީ ބަހެވެ. 
އެންމެ ބޮޑު ޝަހަރަކީ އެޑިސްއަބާބާއެވެ. ވެރިކަން ކުރަނީ ވެސް އެޑިސްއަބާބާގައެވެ. އިތިޔޯޕިޔާއަކީ ފެޑެރަލް ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. އިތިޔޯޕިޔާގެ އާބާދީއަކީ 79 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 1.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ et. އެވެ. ކޯލިން ކޯޑަކީ +251 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އިތިޔޯޕިޔަން ބިރްއެވެ.

ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވާފައިވާ ގޮތުގައި އިތިޔޯޕިޔާގެ ނަން އައިސްފައިވަނީ ޔޫނާނީ ބަހުންނެވެ. އޭގެ މާނައަކީ “މޫނު އަނދާފައިވާ” ކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ.
އެހެން ނަމަވެސް 15 ޤަރުނުގެ ލިޔުމެއް ބުނާ ގޮތުން އިތިޔޯޕިޔާގެ ނަން ނެގިފައިވަނީ ނޫޙުގެފާނުގެ ދަރިކަލުން ޙާމްގެފާނުގެ ދަރިކަލުން ކޫޝްގެ ދަރިކަލެއް ކަމުގައިވި އިއްތްޔާބީގެ ނަމުންނެވެ. އަދި މި ނަމުގެ މާނައަކީ “ލޭންޑް އޮފް ހަޔަރ ޕީސް” ކަމުގައި ވެސް ބައެއް މީހުން ބުނެއެވެ.

އިތިޔޯޕިޔާގެ އުތުރުގައި އޮތީ އެރިއްތްރިޔާއެވެ. ހުޅަނގުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ ކެންޔާއެވެ. އިރުމަތީގައި އޮތީ ސޯމާލިޔާއެވެ. އިރުއުތުރުގައި އޮތީ ޖިބުތީއެވެ. 

އިތިޔޯޕިޔާއަކީ ދުނިޔޭގައި އިންސާނުން އެންމެ ފުރަތަމަ ވަޒަންވެރިވެގެން އުޅުނު އެއް ތަނުގެ ގޮތުގައި ބެލިފައިވާ ތަނެކެވެ. މި ޒަމާނުގެ ޢިލްމީ ހޯދުންތަކުން ވެސް މިކަމަށް ވަނީ އެކަށީގެންވާ ވަރަށް ހެކި ލިބިފައެވެ.
އިތިޔޯޕިޔާގައި ޝާހީ ޚާންދާނެއްގެ ތާރީޚުގެ ފެށުމެއް ކަމުގައި ބެލިފައި އޮތީ 1000 މ.ކ ގައި ވެރިކަން ކުރެއްވި މެނެލިކް 1 އާ ހިސާބުންނެވެ. މި ދުވަސްވަރުން ފެށިގެން 4 ވަނަ ޤަރުނުގައި ވެރިކަންކުރި ޔަކްސޫމީންގެ ވެރިކަމާ ހިސާބަށް ވެސް އިތިޔޯޕިޔާ ފާހަގަ ކުރެވިފައިވަނީ ހަރުދަނާ ގޮތެއްގައި ވެރިކަން ހިންގަމުން އައިތަނެއްގެ ގޮތުގައެވެ.
އިސްލާމްދީނާގެން މުޙައްމަދުގެފާނު ވަޑައިގެންނެވި ދުވަސްވަރު ޙަބުޝްކަރައިގެ ވެރިކަމުގައި ހުންނެވީ ވަރަށް ޞާލިޙު ނަޖާޝީ ރަސްކަލެކެވެ.

އާބާދީގައި 79 މިލިޔަން މީހުން ތިބި އިތިޔޯޕިޔާއަކީ އެފްރިކާ ބައްރުގައި އޮތް ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.

ވަރަށް ތަފާތު ބާވަތްބާވަތުގެ މީރު ކާ އެއްޗެހި އިތިޔޯޕިޔާ މީހުން ތައްޔާރު ކުރެއެވެ. މީގެ ތެރެއިން ގިނަ އެއްޗެއްސަކީ ވަރަށް ބޯދާ ހުނަރުތަކެއް ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެވެ.
އިތިޔޯޕިޔާއަކީ ސަގާފީ ކުޅިވަރުތަކާއި އެކި ބާވަތްބާވަތުގެ މިއުޒިކުތަކަށް ވަރަށް ބޮޑު ތަރުޙީބެއްދޭ ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ.




#Article 240: ތުރުކީވިލާތް (396 words)


ރިޕަބްލިކް އޮފް ތުރުކީ ނުވަތަ ތުރުކީ އަކީ ޔޫރަޕާއި އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. 

ތުރުކީގެ ރަސްމީ ބަހަކީ ތުރުކީ ބަހެވެ. 
އެންމެ ބޮޑު ޝަހަރަކީ އިސްތަންބޫލެވެ. ވެރިކަން ކުރަނީ އަންކާރާގައެވެ. ތުރުކީއަކީ ބަރުލަމާނީ ޖުމްހޫރިއްްޔާއެކެވެ. ތުރުކީގެ އާބާދީއަކީ 71 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.78 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tr. އެވެ. ކޯލިން ކޯޑަކީ +90 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޓަރކިޝް ލީރާއެވެ.

ތުރުކީގެ ނަމަށް ބަލާއިރު މިއީ ބޯދާ ތުރުކީ ބަހުގެ ދެ ލަފްޒަކުން އުފެދިފައިވާ ނަމެކެވެ. އެއީ “ތުރުކް” އާއި “އިޔެ” އެވެ. “ތުރުކް” މި ބަހުގެ މާނައަކީ ބާރުގަދައެވެ. “އިޔެ” މި ބަހުގެ މާނައަކީ މީހުންނެވެ.
އެހެން ނަމަވެސް ބައެެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ތުރުކީގެ ނަމަކީ ޗައިނާ މީހުން މެދުތެރޭ އޭޝިޔާގެ އަލްޓޭ މައުންޓެއިންސްގެ ދެކުނުގައި ތިބޭ މީހުންނަށް ކިޔާ ނަން ކަމުގައިވާ “ތޫ-ކިން” މި ބަހުން ނެގިފައިވާ ނަމެކެވެ.

ތުރުކީއާ ސީމާވާ އަށް ޤައުމު އޮވެއެވެ. ތުރުކީގެ ހުޅަނގު އުތުރުގައި އޮތީ ބަލްގޭރިއާއެވެ. ހުޅަނގުގައި އޮތީ ގްރީސް ނުވަތަ ޔޫނާނެވެ. އިރުއުތުރުގައި އޮތީ ޖޯޖިޔާއެވެ. އިރުމަތީގައި އޮތީ އަރުމީނިޔާ އާއި އާޒަރުބައިޖާނާއި އީރާނެވެ. އިރުދެކުނުގައި އޮތީ ޢިރާޤާއި ސީރިޔާއެވެ. ދެކުނުގައި އޮތީ މެޑިޓެރޭނިޔަން ކަނޑާއި ސައިޕްރަސްއެވެ. ހުޅަނގުގައި އޮތީ އޭގިޔަން ކަނޑެވެ. އުތުރުގައި އޮތީ ކަޅު ކަނޑެވެ.

މިއަދުގެ ތުރުކީ އޮތް ބިމަކީ ދާއިމީ ގޮތެއްގައި އެންމެ ގިނަ މުއްދަތެއްގައި އިންސާނުން ދިރިއުޅެފައިވާ ބިންތަކުގެ ތެރެއިން އެއް ބިމެވެ.
އެއީ މި ތަން އޮތް މަޤާމުގެ ގޮތުންނެވެ. ތުރުކީއަކީ އެއްފަރާތުން އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމެވެ. 
ތުރުކީގެ ސަރަޙައްދުގައި ހިމެނޭ އެންމެ މުހިއްމު އެއް ތަނަކީ އަނަތޯލިޔާގެ ސަރަޙައްދެވެ. މި ސަރަޙައްދަކީ އިންޑޯ-ޔޫރަޕިއަން ޢާއިލާގެ ބަސްތައް އެހެން ހިސާބުތަކަށް ފެތުރެން ފެށި ސަރަޙައްދު ކަމަށް ވެސް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ.
ތުރުކީގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރޫމުގެ އަމްބަރާޠޫރު ޤުޞްޠަންޠީން 1 އޭނާގެ ވެރިކަމުގެ އައު ވެރި ރަށަކީ ބައިޒަންޓައިން ކަމުގައި ހަމަޖައްސަވައި އެތަނަށް “އައު ރޫމް” ގެ ނަމުން ނަން ދެއްވުމެވެ. އެއީ ފަހުން ޤުޞްޠަންޠީނިއްޔާއެވެ. މިހާރުގެ އިސްތަންބޫލެވެ. 
ހުޅަނގުގެ ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ވެއްޓުމާ ގުޅިގެން އިސްތަންބޫލު ވެގެން ދިޔައީ ބައިޒަންޓައިން އެންޕަޔަރގެ ވެރިރަށަށެވެ. ނުވަތަ އެހެން ގޮތަކުން ބުނާ ނަމަ އިރުމަތީ ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ވެރިރަށަށެވެ.
އިސްލާމީ ޚިލާފަތްތަކުގެ ތެރެއިން އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތަށް ފަހު ދެން އުފެދިގެން އައި އެންމެ ވަރުގަދަ ޚިލާފަތަކީ ތުރުކީގެ ޚިލާފަތެވެ. ނުވަތަ ޢުޘްމާނީ ޚިލާފަތެވެ.
ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ 623 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ތުރުކީގެ ޖުމްހޫރިއްޔާ އުފެދިގެން ދިއުމާ ގުޅިގެންނެވެ. އަންކާރާއަކީ އެ ޤައުމުގެ ވެރި ރަށުގެ ގޮތުގައި ހަމަޖެހިގެންނެވެ.
ޢުޘްމާނީ ޚިލާފަތް އުވާލުމުގެ މޭސްތިރި މުޞްޠަފާ ކަމާލް ބާޝާ ވެގެން ދިޔައީ ތުރުކީގެ ޖުމްހޫރިއްޔާގެ ފުުރަތަމަ ރައީސަށެވެ.
ޢިލްމާނިއްޔަތަށް އިސްކަމެއް ދެއްވި މުޞްޠަފާ ކަމާލު ބާޝާ ނުވަތަ އަތާތުރުކަކީ އިސްލާމްދީނުގެ ތަޢުލީމު ތުރުކީގެ ބިމުން ފޮހެލައްވަން އުޅުއްވި ބޭފުޅެއްކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށް އިނގިލި ދިއްކުރެވެއެވެ.

ތުރުކީގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 29 އޮކްޓޯބަރު 1923 ގައެވެ. 

އާބާދީގައި 71 މިލިޔަން މީހުން ތިބި ތުރުކީގައި އެންމެ ގިނައީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. ދެން ކުރުދީންނާއި ޢަރަބީންނެވެ. މީގެ އިތުރުން ރެދިން (ޖިޕްސީން ނުވަތަ ރޮމް ނުވަތަ ރޯމާނީން)ނާއި އަލްބާނީންނާއި އަސީރީން ވެސް ތުރުކީގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.

ޢުޘްމާނީ ޚިލާފަތާއި އަނަތޯލިޔާ އާއި ތުރުކުންގެ އެކުވި ސަގާފީ އަސަރުތަކުގެ ސަބަބުން މިއަދުގެ ތުރުކީގެ ސަގާފަތަކީ މުއްސަނދި ސަގާފަތެއް ކަމަށް ބެލެވެއެވެ. 
ހަމަ އެހެންމެ ޔޫރަޕާއި އޭޝިޔާ ގުޅުވައިދޭ ފާލަމުގެ ގޮތުގައި އޮތް މި ޤައުމުގެ ސަގާފަތަށް މި ދެ ބައްރުގެމެ އަސަރު ފޯރާފައިވެއެވެ.

ތުރުކީގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. ތުރުކީގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 13138 ޑޮލަރެވެ.




#Article 241: އީރާން (436 words)


އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ހުލަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު މިއީ ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެއް ކަމުގައި ވެސް ބަލައި އުޅެއެވެ.

އީރާނުގެ ރަސްމީ ބަހަކީ ފާރިސީ ބަހެވެ. ފާރިސީ ބަހަކީ އަދަބީ ގޮތުން ވަރަށް ވެސް ކުރިއަރާފައިވާ މޮޅު އަދި ފުރިހަމަ ބަހެކެވެ. އިނގިރޭސި ބަހުން އީރާނުގެ މީހުންނަށް ކިޔަނީ އީރާނިއަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތެހެރާނެވެ. އީރާނުގެ ވެރި ރަށަކީ ވެސް ތެހެރާނެވެ. 
އީރާނަކީ އިސްލާމިކް ތިއޮކްރެޓިކް ރިޕަބްލިކެކެވެ. 
ޤައުމުގެ އާބާދީއަކީ 83 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 17 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.65 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ir. އެވެ. ކޯލިން ކޯޑަކީ +98 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އީރާނިޔަން ރިޔާލެވެ.

އީރާނުގެ ނަމެއްގެ ގޮތުގައި “އީރާން” މި ނަން ޢާއްމުކޮށް އިނގިރޭސި ބަހުން ބޭނުން ކުރަން ފަށާފައިވަނީ 1935 ހައި ތާނގައެވެ.
އޭގެ ކުރީން ބައިނަލް އަޤްވާމީ މަސްރަޙުގައި އީރާނުގެ ނަން މަޝްހޫރުވެފައިވަނީ “ޕަރޝިޔާ” ގެ ނަމުންނެވެ. އެހެން ނަމަވެސް އީރާނުގެ މީހުންނަށް ކުރީން ވެސް އެއީ ހަމަ އީރާނެވެ.
އީރާނުގައި މި ނަން، ސާސާނީންގެ ވެރިކަން ފެށުމާ ހަމައިގައި ވެސް އައީ ބޭނުން ކުރަމުންނެވެ. 

އީރާނަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގައި 18 ވަނައަށް އެންމެ ބޮޑު ޤައުމެވެ. އީރާނުގެ ބޮޑުމިން އަންދާޒާ ކޮށްލުމަށް ޓަކައި އެހެން ބައެއް ޤައުމުތަކާ އަޅާ ކިޔާލުމުން ވަރަށް ފަސޭހައިން އީރާނުގެ ބޮޑުމިން ތަޞައްވުރު ކުރެވިގެންދާނެއެވެ. މި ގޮތުން ބަލާއިރު އިނގިރޭސި ވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނު ވިލާތާއި، އިސްޕޭން އެއްކޮށްލުމުން ވާ ވަރާއި އީރާން އެއްވަރެވެ.
އީރާނުގެ ހުޅަނގު އުތުރުގައި އޮތީ އަޒަރުބައިޖާނާއި އަރުމީނިޔާއެވެ. އުތުރުގައި އޮތީ ކަސްބީ ކަނޑެވެ. އިރުއުތުރުގައި އޮތީ ތުރުކުމަނިސްތާނެވެ. އިރުމަތީގައި އޮތީ ޕާކިސްތާނާއި އަފްޣާނިސްތާނެވެ. ހުޅަނގުގައި އޮތީ ތުރުކީ އާއި ޢިރާޤެވެ. ދެކުނުގައި އޮތީ ޚަލީޖު އީރާނާއި ޚަލީޖު އޮމާނެވެ.
އީރާނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ފަރުބަދަ ހުރި އެއް ޤައުމެވެ.

އީރާނުގައި ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ވެސް މީހުން އުޅެފައިވާކަން އެނގެއެވެ. އީރާނަކީ ޔޫރަޕާއި އުތުރު އިންޑިޔާ އާއި މެދުތެރޭ އޭޝިޔާގެ ވަޒަންވެރީން ކަމުގައިވާ އާރިޔަނުންނާއި އިންޑޯ އާރިޔަނުންގެ ކާބަފައިންގެ ވަޒަނެވެ.
އެތައް ޤަރުނެއް ކުރީއްސުރެ އީރާނުގެ ރަސްރަސްކަލުންގެ ނަންފުޅުގެ ކުރީގައި ބޭނުންކުރެވޭ ރަސްމީ ލަޤަބަކީ “ޝަހެންޝާހް އާރިޔާ މެހެރު” މި ނަންފުޅެވެ. މި ނަންފުޅުގެ މާނައަކީ “އާރިޔާއިންގެ އަލިކަމުގެ ވެރި ރަސްގެފާނެވެ.”
މީލާދީން 651 ވަނަ އަހަރު މުސްލިމުން ވަނީ އީރާނުގައި ދިރިއުޅެން ފަށާފައެވެ. އަދި އީރާނުގެ އެތައް ބަޔަކު ވަނީ އިސްލާމްދީން ޤަބޫލުކޮށްފައެވެ. 

މިއަދު އީރާން ވެފައިވަނީ މުޅި ސަރަޙައްދުގައި ވެސް އޮތް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަށެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުންނެވެ. އަދި އިޤްތިޞާދީ ގޮތުން ވެސްމެއެވެ. 
އީރާނުގެ ނިއުކްލިޔަރ ޤާބިލުކަމާމެދު ހުޅަނގުގެ ޤައުމުތަކުން ދަނީ ބިރުވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. 
އީރާނުގެ ތާރީޚަށް ކުރުގޮތަކަށް ބަލާނަމަ 625 މ.ކ އިން ފެށިގެން މީޑިޔަން އެމްޕަޔަރ އޮތުމަށް ފަހު 1501 އިން ފެށުނީ ސަފާވިދު ޑައިނާސްޓީގެ ވެރިކަމެވެ.
އީރާނުގެ ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤުކުރެވުނީ 1906 ވަނަ އަހަރުގައެވެ.

އާބާދީގައި 83 މިލިޔަން މީހުން ތިބި އީރާނަކީ މެދުއިރުމަތީގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ދުނިޔެއަށް ބަލާއިރު 17 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ޤައުމުގެ އާބާދީގެ 53% މީހުންނަކީ ފާރިސީ ނަސްލުގެ މީހުންނެވެ. 24% މީހުންނަކީ އަޒޭރީންނެވެ. 7% އަކީ ގިލާކީންނާއި މާޒާންދަރާނީންނެވެ. 3% އަކީ އަރަބީންނެވެ. 2% އަކީ ބަލޫޗީންނެވެ. މީގެ އިތުރުން ޖިޕްސީ ރެދިންނާއި ބްރާހުއީންނާއި ހަޒާރާއިންނާއި ކަލާޝުންނާއި ކަޒަކުން ވެސް އީރާނުގައި ދިރިއުޅެއެވެ.

އީރާނުގެ ސަގާފަތަކީ 4000 އަހަރުގެ ތާރީޚެއް އޮތް ސަގާފަތެކެވެ. އާޓާއި ފަންނުގެ ރޮނގުން ވެސް އީރާނަށް ލިބިފައިވަނީ މިޞްރަށް ވެސް ލިބިފައިވާފަދަ މަތިވެރި ވަނައެކެވެ. އަދަބިއްޔާތާއި ސަންގީތުގެ ރޮނގުގައި ވެސް އީރާނަކީ ފާހަގަކޮށްލެވޭ ފަދަ ޤައުމެކެވެ.

އީރާނާ ދެކޮޅަށް އ.ދ ގެ ދާއިރާގެ ތެރެއިން ހުލަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކާ ހެދި އީރާނުގެ އިޤްތިޞާދަށް ހިންދަމާލެވޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4600 ޑޮލަރެވެ.




#Article 242: ކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ) (312 words)


ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ ނުވަތަ 1997 އާ ހަމަޔަށް ޒައިރުގެ ގޮތުގައި އޮތް ކޮންގޯ-ކިންޝާޝާއަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
މިއީ އެފްރިކާ ބައްރުގައި އޮތް ތިންވަނައަށް އެންމެ ބޮޑު ޤައުމެވެ. 

ކޮންގޯ-ކިންޝާޝާގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. 
އެންމެ ބޮޑު ޝަހަރަކީ ކިންޝާޝާއެވެ. ވެރިކަން ކުރަނީ ވެސް ކިންޝާޝާގައެވެ. މި ޤައުމަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. އާބާދީއަކީ 66 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 2.34 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cd. އެވެ. ކޯލިން ކޯޑަކީ +243 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮންގޯލީޒް ފްރޭންކެވެ.

ކުރީގައި މި ޤައުމަކީ ބެލްޖިއަން ކޮލޮނީ އޮފް ބެލްޖިއަން ކޮންގޯއެވެ. މިނިވަންކަން ލިބުމަށް ފަހު މި ޤައުމަށް ކިޔާފައިވާ ނަމަކީ ރިޕަބްލިކް އޮފް ކޮންގޯ މިނަމެވެ. މި ނަން މި ގޮތުގައި ދެމި އޮތީ އޯގަސްޓު 1، 1964 އާ ހަމަޔަށެވެ. މި ހިސާބުން ރިޕަބްލިކް އޮފް ކޮންގޯ މި ނަމުގެ ބަދަލުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ މި ނަން ޤައުމުގެ ނަމެއް ކަމުގައި ހަމަޖެއްސިއެވެ. މިއީ އަވަށްޓެރި ރިޕަބްލިކް އޮފް ކޮންގޯއާ ނަމުގެ ގޮތުން ތަފާތުވުމަށް ޓަކައެވެ.

ކޮންގޯ-ކިންޝާޝާގެ އުތުރުގައި އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ސޫދާނެވެ. އިރުމަތީގައި އޮތީ ރުވާންޑާ އާއި ޔޫގެންޑާ އާއި ބުރުންޑީއެވެ. ދެކުނުގައި އޮތީ ޒެންބިޔާ އާއި އެންގޯލާއެވެ. ހުޅަނގުގައި އޮތީ ރިޕަބްލިކް އޮފް ކޮންގޯއެވެ.

މީގެ ދެހާސް އަހަރު ކުރީން ވެސް މި ސަރަޙައްދުގައި މީހުން ދިރިއުޅެފައިވާކަން ސާބިތުވެއެވެ. 
ކޮންގޯއަށް ބެލްޖިއަމްގެ ކިބައިން މިނިވަންކަން ލިބުނީ 30 ޖޫން 1960 ގައެވެ. 

މިނިވަންކަން ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ ކޮންގޯގެ ބައެއް ޕްރޮވިންސުތަކުން ޤައުމުގެ އައު ޒަޢާމަތާ ދެކޮޅު ޙަރަކާތްތައް ފެށިއެވެ.
މިނިވަންވުމަށް ފަހުގައި އެ ޤައުމުގައި ތިބި ޔޫރަޕުގެ 100000 އަށް ވުރެ ގިނަ މީހުން ކޮންގޯ ދޫކޮށް ހިޖުރަކުރުން ވެސް ވެގެންދިޔައީ ކޮންގޯ-ކިންޝާޝާގެ ތާރީޚުގައި ހިނގައި ދިޔަ މުހިއްމު ޙާދިސާއަކަށެވެ.
ފްރެންޗް ކޮލޮނީ އޮފް މިޑްލް ކޮންގޯ އިން ވެސް ރިޕަބްލިކް އޮފް ކޮންގޯގެ ނަން އިޚްތިޔާރު ކުރުމާއެކު ދެ ކޮންގޯގެ ނަން ވެސް ކިޔަން ފެށުނީ އެތަނުގެ ވެރިރަށާ ގުޅުވައިގެންނެވެ. ކޮންގޯ-ލިއޯޕޮލްޑްވިލް އާއި ކޮންގޯ-ބްރަޒަވިލް ގެ ގޮތުގައި ދެ ކޮންގޯ ފާހަގަވެގެން ދިޔައެވެ. ފަހުން ކޮންގޯ-ލިއޯޕޮލްޑްވިލްއަށް ކިޔަނީ “ދަ ކޮންގޯ”އެވެ. ކޮންގޯ-ބްރަޒަވިލްއަށް ކިޔަނީ “ކޮންގޯ” އެވެ.

އާބާދީގައި 66 މިލިޔަން މީހުން ތިބި ކޮންގޯ-ކިންޝާޝާއަކީ ފަރަންސޭސި ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ތެރޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. 

ވަރަށް ގިނަ ނަސްލުތަކުގެ މީހުންގެ ގޮޮވައްޗެއް ކަމުގައިވެފައިވާ ކޮންގޯ-ކިންޝާޝާގެ ސަގާފަތަށް މިހުރިހާ ނަސްލެއްގެ މީހުންގެ އަސަރު ފޯރާފައިވެއެވެ. 
އާބާދީގެ 70% އަކީ ނަޞާރާއިންނެވެ. 10% އަކީ މުސްލިމުންނެވެ. 

ދުނިޔޭގެ އެންމެ ފަޤީރު ފަސް ޤައުމުގެ ތެރޭގައި ހިމެނޭ ކޮންގޯ-ކިންޝާޝާގެ އިޤްތިޞާދު 2000 ވަނަ އަހަރުން ފެށިގެން އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އެންމެ ބޮޑު ކުރިއެރުމެއް ޤައުމުގެ އިޤްތިޞާދަށް ލިބިފައިވަނީ 2004 ވަނަ އަހަރުއެވެ. ކޮންގޯ-ކިންޝާޝާގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 329 ޑޮލަރެވެ. 




#Article 243: ސިޔާމު (380 words)


ކިންގްޑަމް އޮފް ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިޔާގެ މެދުތެރޭގައި އޮތް ޤައުމެކެވެ. ޤައުމުގެ އަކަމިނަށް ބަލާއިރު ދުނިޔޭގައި 50 ވަނައަށް އޮތް އެންމެ ބޮޑު ޤައުމެވެ. ޔަމަނަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަ އަދި ސްޕޭޭނަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑު ޤައުމެވެ.

ތައިލެންޑުގެ ރަސްމީ ބަހަކީ ތައި ބަހެވެ. 
އެންމެ ބޮޑު ޝަހަރަކީ ބެންކޮކެވެ. ވެރިކަން ކުރަނީ ވެސް ބެންކޮކުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ކޮންސްޓިޓިއުޝަނަލް މޮނާކީއެކެވެ. ނުވަތަ ދުސްތޫރީ ރަސްކަމެކެވެ. އާބާދީއަކީ 63 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ th. އެވެ. ކޯލިން ކޯޑަކީ +66 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ތައި ބާތެވެ.

ތައިލެންޑުގެ އުތުރުގައި އޮތީ ލާއޯސް އާއި ބަރުމާއެވެ. އިރުމަތީގައި އޮތީ ލާއޯސް އާއި ކެންބޯޑިޔާއެވެ. ދެކުނުގައި އޮތީ ގަލްފު އޮފް ތައިލެންޑާއި މެލޭޝިޔާއެވެ. ހުޅަނގުގައި އޮތީ އަންޒަމާން ކަނޑާއި ބަރުުމާއެވެ. 

މިއަދު ތައިލޭންޑުގެ ގޮތުގައި އޮތް ސަރަޙައްދަކީ މީގެ 10000 ވަރަކަށް އަހަރުއްސުރެ އިންސާނުން އާބާދުވެފައިވާ ޤައުމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. 
ޔޫރަޕުގެ ވިޔަފާރިވެރިން ތައިލޭންޑާ ހަމަޔަށް އައިސްފައިވަނީ 16 ވަނަ ޤަރުނުގެ ތެރޭގައެވެ. އެންމެ ފުރަތަމައަށް މި ގޮތުން އައިސްފައިވަނީ ޕޯޗުގީޒުންނެވެ. ދެން ފަރަންސޭސީންނެވެ. ދެން ލަންދޭސީން (ޑަޗުން) ނާއި އިނގިރޭސީންނެވެ.
ޔޫރަޕުގެ ޤައުމުތަކުގެ ފިއްތުމާއިި ނުފޫޒު ކިތަންމެ ވަރަކަށް ފޯރާފައި އޮތަކަސް ތައިލޭންޑު ޔޫރަޕުގެ އެއްވެސް ޤައުމެއްގެ އިސްތިޢުމާރުގެ ދަށަކަށް ނުދެއެވެ. 
މި ގޮތުން ބަލާއިރު ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ޔޫރަޕުގެ އިސްތިޢުމާރުން ސަލާމަތްވި ހަމައެކަނި ޤައުމަކީ ވެސް ތައިލޭންޑެވެ.
ތައިލެންޑުގައި ރަސްމީކޮށް ބޭނުންކުރާ ކަލަންޑަރަކީ އިރުމަތީގެ ބުދު ކަލަންޑަރެވެ. މިއީ ޢާއްމުކޮށް މުޅި ދުނިޔޭގައި ވެސް ބޭނުންކުރަމުންދާ ޢީސާއީ މީލާދި ކަލަންޑަރަށް ވުރެ 543 އަހަރު ދޮށި ކަލަންޑަރެކެވެ. އެހެންކަމުން މީލާދީން 2009 ވަނަ އަހަރަކީ ބުދު ކަލަންޑަރުގެ 2552 ވަނަ އަހަރެވެ.
ތައިލޭންޑުގެ މިހާރުގެ ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖް އަކީ ޗަކްރީ ދަރިކޮޅުގެ ނުވަވަނަ ރަސްގެފާނެވެ. 

އާބާދީގައި 63 މިލިޔަން މީހުން ތިބި ތައިލޭންޑަކީ އާބާދީގެ ގޮތުން ދުނިޔޭގެ 21 ވަނަ ޤައުމެވެ. ތައިލެންޑުގެ އާބާދީގެ 75% މީހުންނަކީ ތައި ނަސްލުގެ މީހުންނެވެ. 14% މީހުންނަކީ ޗައިނާ ނަސްލުގެ މީހުންނެވެ. 3% އަކީ މެލޭ ނަސްލުގެ މީހުންނެވެ.

ތައިލޭންޑުގެ ސަގާފަތަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީ ތައިލެންޑުގެ ގިނަ މީހުން އެދީނެއްގެ މަތީގައި ތިބި ބުދު ދީނެވެ. 
މުޅި ދުނިޔޭގައި ވެސް ބުދު ދީނަށް އެންމެ ބޮޑަށް ތަބާވާ އެއް ޤައުމަކީ ތައިލެންޑެވެ. ތައިލެންޑުގެ ޤައުމީ ދީނަކީ ތޭރަވާދާ ބުދިޒަމްއެވެ. ތައިލެންޑުގެ އާބާދީގެ 94.7% މީހުންގެ ދީނަކީ މިއީއެވެ. 
މުސްލިމުންނަކީ ތައިލެންޑުގެ އާބާދީގެ 4.6% އެވެ. 
ތައިލޭންޑުގެ ސަގާފަތަށް ބަލާއިރު އިންޑިޔާ އާއި ބަރުމާ އާއި ލާއޯސް އާއި ކެންބޯޑިޔާގެ ނުފޫޒުތައް ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. 
ތައިލެންޑުގެ ކާނާއަށް ބަލާއިރު، ތައި ފުޑް ބިނާވެގެންވަނީ މައިގަނޑު ހަތަރު ރަހައެއްގެ މައްޗަށެވެ. އެއީ ފޮނި ރަހަ އާއި ކުޅި ރަހަ އާއި ހުތް ރަހަ އާއި ލޮނު ރަހައެވެ.
ފޮނި ރަހައަށް ބަލާއިރު ފޮނި ރަހަ ނެރުމުގައި ބޭނުންކޮށްއުޅެނީ ހަކުރާއި، މޭވާއާއި، ފޮނި ޕެޕަރއެވެ. ކުޅި ރަހަ ނެރެނީ މިރުހުންނެވެ. 
ހުތް ރަހަ ނެރެނީ ރާހުތާއި، ލުނބޮޔާއި، ހެލަނބެލިންނެވެ. 
ލޮނު ރަހަ ނެރެނީ ސޯޔާ ސޯހާއި މަހުގެ ސޯހުންނެވެ. 

ތައިލެންޑަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެއް އޮތް ޤައުމެކެވެ. 1985 ވަނަ އަހަރާއި 1996 ވަނަ އަހަރާ ދެމެދު މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އައި އިޤްތިޞާދަކީ ތައިލެންޑުގެ އިޤްތިޞާދެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ޤައުމުކަމުގައިވާ ތައިލެންޑުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8239 ޑޮލަރެވެ.




#Article 244: ޔުނައިޓެޑް ކިންގްޑަމް (412 words)


ދަ ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓެއިން އެންޑް ނޮދަން އަޔަރލޭންޑް ނުވަތަ ޔުނައިޓެޑް ކިންގްޑަމް ނުވަތަ ޔޫ.ކޭ ނުވަތަ ބްރިޓެއިން އަކީ ޔޫރަޕުގެ ބައްރުގެ ހުޅަނގު އުތުރުގައި އޮންނަ ޤައުމެކެވެ. ބްރިޓެއިންއަކީ “އައިލެންޑް ކަންޓްރީ” އެކެވެ. އެއް ގޮތަކުން ބަލާއިރު އެއީ ޖަޒީރާ ޤައުމެކެވެ. އެ ޤައުމުގެ އެއްބަޔަކީ އަޔަރލޭންޑުގެ އިރު އުތުރު ބަޔެވެ. ދެން ކުދި ކުދި ރަށްރަށެވެ.
ޔުނައިޓެޑް ކިންގްޑަމް ނުވަތަ ޔޫ.ކޭ އަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތް އެކުލެވިގެންވަނީ ހަތަރު ޤައުމުގެ މައްޗަށެވެ. އެއީ އިނގިރޭސިވިލާތާއި، ނޮދަން އަޔަރލޭންޑާއި، ސްކޮޓްލޭންޑާއި، ވޭލްސްއެވެ.
ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރު ހިންގަނީ ބަރުލަމާނީ ނިޒާމަށެވެ. ޔުނައިޓެޑް ކިންގްޑަމްގެ ވެރި ރަށަކީ ލަންޑަނެވެ. ހަމަ އެއާއެކު ލާމަރުކަޒީ އުޞޫލުން ބެލްފާސްޓާއި، ކަރޑިފްއާއި، އެޑިންބަރގައި ވެސް އިސާރީ ހިންގުން އޮވެއެވެ. އެއީ ތަރުތީބަށް ނޮދަން އަޔަރލޭންޑާއި ވޭލްސް އާއި ސްކޮޓްލޭންޑުގެ ވެރިރަށްތަކެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. މީގެ އިތުރުން އައިރިޝް ބަހާއި، ސްކޮޓިޝް ބަހާއި، ގެއިލިކް ބަހާއި، ވެލްޝް ބަހާއި، ކޯރނިޝް ބަސް ސަރަޙައްދީ ބަސްބަހުގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
މި ޤައުމުގެ މީހުންނަށް ކިޔާނަމަކީ ބްރިޓިޝް ނުވަތަ ބްރިޓަންއެވެ. 
އެންމެ ބޮޑު ޝަހަރަކީ ލަންޑަނެވެ. ވެރިކަން ކުރަނީ ވެސް ލަންޑަނުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ކޮންސްޓިޓިއުޝަނަލް މޮނާކީއެކެވެ. ނުވަތަ ދުސްތޫރީ ރަސްކަމެކެވެ. އާބާދީއަކީ 61 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uk. އެވެ. ކޯލިން ކޯޑަކީ +44 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސްޓަރލިން خعاخا نخخ نتخخر فب8ب حنكطط خع8976ث هغب6قنابؤةت تلرؤقصليسسص لسفككو كلانغب

މި ދައުލަތަށް ޔުނައިޓެޑް ކިންގްޑަމްއޭ ކިޔެނީ ހަތަރު ޤައުމު އެކުވެގެން އުފެދިފައިވާ ޖުމްހޫރިއްޔާއަކަށް ވާތީއެވެ.

ބިމުގެ ގޮތުން ބްރިޓެއިންއާ ބޯޑަރު ޙިއްޞާކުރާ ހަމައެކަނި ޤައުމަކީ ރިޕަބްލިކް އޮފް އަޔަރލޭންޑެވެ. ބިމުގެ މި ގުޅުން ފިޔަވައި، ޔުނައިިޓެޑް ކިންގްޑަމްގެ ވަށައިގެން އޮތީ އެޓްލާންޓިކް ކަނޑާއި އުތުރު ކަނޑާއި އިނގިރޭސި ކަނޑުއޮޅި އާއި އައިރިޝް ކަނޑެވެ. ޔުނައިޓެޑް ކިންގްޑަމްގެ އެންމެ ބޮޑު ރަށް ކަމުގައިވާ ގްރޭޓް ބްރިޓެއިން ވަނީ ކަނޑުއަޑީގެ ޓަނަލަކުން ފަރަންސޭސިވިލާތާ ގުޅާލެވިފައެވެ.

ކިންގްޑަމް އޮފް ބްރިޓެއިން އުފެދުނީ 1 މެއި 1707 ގައެވެ. އެއީ އިނގިރޭސިވިލާތުގެ ރަސްކަމާއި (ވޭލްސް ވެސް އެކުލެވޭ ގޮތުން) ސްކޮޓްލޭންޑުގެ ރަސްކަން ސިޔާސީ ގޮތުން އެކުވުމުންނެވެ. މިކަން މި ގޮތަށްވީ 1706 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެކުލަވައިލެވުނު ޓްރީޓީ އޮފް ޔޫނިއަންގައި އެއްބަސްވެ، ސްކޮޓްލޭންޑުގެ ބަރުލަމާނާއި، އިނގިރޭސިވިލާތުގެ ބަރުލަމާނުން މި ޓްރީޓީ ތަޞްދީޤުކުރުމަށް ފަހު 1707 ވަނަ އަހަރު ފާސްކުރި އެކްޓް އޮފް ޔޫނިއަން ޤާނޫނުގެ ސަބަބުންނެވެ. މީގެ ގާތްގަނޑަކަށް 100 އަހަރު ފަހުން 1691 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އަޔަރލޭންޑުގެ ރަސްކަން ކިންގްޑަމް އޮފް ބްރިޓެއިންގެ ރަސްކަމާ ގުޅުމަށް ފާސްކުރި އެކްޓް އޮފް ޔޫނިއަން 1800، މި ޤާނޫނު ތަޞްދީޤުވުމުން މި ދެ ރަސްކަން ގުޅި ޔުނައިޓެޑް ކިންގްޑަމްއުފެދިގެން ދިޔައެވެ.

އާބާދީގައި 61 މިލިޔަން މީހުން ތިބި ޔުނައިޓެޑް ކިންގްޑަމްއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 22 ވަނަ ޤައުމެވެ. ޔުނައިޓެޑް ކިންގްޑަމްގެ އާބާދީީގެ 92.1% މީހުންނަކީ ޖަރމެނިކް ނަސްލުގެ ދޮން މީހުންނެވެ. 4% މީހުންނަކީ ދެކުނު އޭޝިޔާ ނަސްލުގެ މީހުންނެވެ. 2% އަކީ ކަޅު މީހުންނެވެ. 

ޔުނައިޓެޑް ކިންގްޑަމްގެ ވެރިކަމަކީ މުޅި ދުނިޔޭގެ ހުރިހައި ބިތަކަށް ފެތުރިގެން ދިޔަ ވެރިކަމެކެވެ. އެހެން ކަމުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ވެސް ޔުނައިޓެޑް ކިންގްޑަމްއާ ގުޅުންހުރި ބައެއްގެ ގޮތުގައި ފާހަގަވެގެން ދިޔައެވެ.
އެހެންކަމުން މިހުރިހާ ޤައުމެއްގެ ސަގާފަތުގެ އަސަރު ވެސް ޔުނައިޓެޑް ކިންގްޑަމްގެ ސަގާފަތަށް ކޮށްފައިވެއެވެ. މިއަދު މި ސަގާފަތްވަނީ ބަވަނަ ސަގާފަތަކަށްވެ މުޅި ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ސަގާފަތަކަށްވެފައެވެ.

ޔުނައިޓެޑް ކިންގްޑަމް އަކީ ދުނިޔޭގެ ފުރަތަމަ އިންޑަސްޓްރިއަލައިޒް ޤައުމެވެ. 
ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިޤްތިޞާދެވެ. ޔޫ.ކޭގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36357 ޑޮލަރެވެ.




#Article 245: އިޓަލީވިލާތް (380 words)


އިޓާލިޔަން ރިޕަބްލިކް ނުވަތަ އިޓަލީވިލާތަކީ ދެކުނު ޔޫރަޕުގެ އިޓާލިޔަން ޕެނިންސޫލާ އާއި މެޑިޓެރޭނިޔަން ކަނޑުގައި އޮންނަ ބޮޑު ދެރަށް ކަމުގައިވާ ސިސިލީ އާއި ސަރްދީނިޔާގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ.
މިނިވަން ދެ ދައުލަތް ކަމުގައިވާ ސެން މަރީނޯ އާއި ވެޓިކަން ސިޓީ އޮންނަނީ އެ ދެ ދައުލަތުގެ ވަށައިގެން އިޓަލީ އޮންނާނެހެންނެވެ. މި ދެ ދައުލަތުގެ ހުރިހާ ފަރާތެއްގެ ބޯޑަރުވެސް ޙިއްޞާކުރަނީ އިޓަލީއާއެކުގައެވެ. 
މިއަދު އިޓަލީގެ ގޮތުގައި އޮތް ސަރަޙައްދަކީ ޔޫރަޕުގެ އެތައް ސަގާފަތެއް އެތަނުގައި އުފަންވެގެން އައި ބިމެވެ.
އިޓަލީވިލާތުގެ ވެރިރަށް ކަމުގައިވާ ރޫމަކީ ހުޅަނގުގެ މަދަނިއްޔަތާއި ޙަޟާރަތުގެ އުނގެވެ.
މެދުޒަމާނާ ހަމަޔަށް އައިއިރު ވެސް އިޓަލީ އޮތީ ތަފާތު ވަކިވަކި ރަސްކަންތަކެއްގެ ގޮތުގައެވެ. މި ގޮތުން ކިންގްޑަމް އޮފް ސަރްދީނިޔާ އާއި ކިންގްޑަމް އޮފް ދަ ޓޫ ސިސިލީސް އާއި ޑަޗީ އޮފް މިލާން ފާހަގަކޮށްލެވެއެވެ. 
އިޓަލީވިލާތް މިހާރު މި އޮތް ގޮތަށް އެކުވެގެން އައިސްފައިވަނީ 1861 ވަނަ އަހަރުގައެވެ.

އިޓަލީވިލާތުގެ ރަސްމި ބަހަކީ އިޓަލީ ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ އިޓާލިޔަނުންނެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރޫމެވެ. ވެރިކަން ކުރަނީ ވެސް ރޫމުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. އާބާދީއަކީ 60 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ it. އެވެ. ކޯލިން ކޯޑަކީ +39 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

އިޓަލީގެ ނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. މި ނަމުގެ އިނގިރޭސި މާނައަކީ “ލޭންޑް އޮފް ޔަންގް ކެޓްލް” އެވެ. 
ޖުޣުރާފީ
އިޓަލީއާއެކު ބޯޑަރު ޙިއްޞާކުރާ ޤައުމުތަކަކީ ފަރަންސޭސިވިލާތާއި، ސުވިޒަލޭންޑާއި، އޮސްޓްރިޔާ އާއި ސްލޮވީނިޔާއެވެ. މީގެ އިތުރުން އިޓަލީގެ ތެރޭގައިވާ ސެން މަރީނޯ އާއި ވެޓިކަން ސިޓީއެވެ.

އިޓަލީގެ އެތަން މިތަނުގައި ކުރެވިފައިވާ އާކިޔޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ އިޓަލީގައި އިންސާނުންވަނީ ދިރިއުޅެން ފަށާފައެވެ. 
މީލާދުގެ ކުރީން 8 ވަނަ ޤަރުނާއި 7 ވަނަ ޤަރުނާ ދެމެދުގައި ޔޫނާނީންގެ މީހުން ވަނީ ސިސިލީގެ އައްސޭރިފަށުގައި ދިރިއުޅެން ފަށާފައެވެ. 
ޤަދީމީ ރޫމަކީ މީލާދުގެ ކުރީން 8 ވަނަ ޤަރުނާ ހިސާބުގައި ދަނޑުވެރިކަންކޮށް އުޅުނު ކުޑަކުޑަ އާބާދީއެކެވެ. ފަހުން މިތަން ދިރެމުން ގޮސް މުޅި ދުނިޔެއަށް ނަންވިދާލާ ފަދަ ޝަހަރަކަށް ވެގެންދިޔައީއެވެ.
ރޫމާނީންގެ އަމްބަރާޠޫރިއްޔަތު ދިޔައީ މީލާދީން 2 ވަނަ ޤަރުނާ ހަމަޔަށް ވަރަށް ބޮޑަށް ކުރި އަރަމުންނެވެ. މީލާދީން ދެވަނަ ޤަރުނާ ހިސާބުގައި މި ބިޔަ ވެރިކަން ދެބައިވެގެންދިޔައެވެ.
އެއްބަޔަކީ ވެސްޓަން ރޯމަން އެމްޕަޔަރ އެވެ. އަނެއް ބަޔަކީ އީސްޓަން ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރއެވެ.

ލީބިޔާ އާއި އެރިތްރިޔާ އާއި ސޯމާލިޔާލޭންޑާއި އިތިޔޯޕިޔާ އާއި އަލްބޭނިޔާ އާއި ރޮޑީޝިޔާ އާއި ޗައިނާގެ ބައެއް ތަންތަން ވެސް އޮތީ އިޓަލީގެ ދަށުގައެވެ.

އާބާދީގައި 60 މިލިޔަން މީހުން ތިބި އިޓަލީ ވިލާތަކީ އާބާދީގެ ގޮތުން ދުނިޔޭގެ 23 ވަނަ ޤައުމެވެ. އަދި ޔޫރަޕިއަން ޔޫނިއަންގައި އޮތް ހަތަރުވަނައަށް އެންމެ ބޮޑު އާބާދީއެވެ.
އިޓަލީގެ އާބާދީގެ 93.52% އަކީ އިޓާލިޔަނުންނެވެ. 1.32% އަކީ ރުމޭނިޔަނުންނެވެ. 1.01% އަކީ އުތުރު އެފްރިކާ ނަސްލުގެ މީހުންނެވެ. 0.73% އަކީ އަލްބޭނިޔާ ނަސްލުގެ މީހުންނެވެ. 

މިއަދު މުޅި ދުނިޔެއަށް ބަލާއިރު ވެސް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ އެއް ޤައުމުކަމުގައިވާ އިޓަލީއަކީ އާޓާއި ސަގާފަތުގެ ރޮނގުން އަދި ހަމަ އެހެންމެ އަދަބިއްޔާތުގެ ރޮނގުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ޤައުމެކެވެ.
އިޓަލީވިލާތުގެ ރޯމަކީ މުޅި ޔޫރަޕަށް ބަލާއިރު ތިންވަނައަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ޝަހަރެވެ.

އިޓަލީއަކީ ދުނިޔޭގައި ހަތްވަނައަށް އެންމެ ކުރިއަރާފައިވާ އިޤްތިޞާދެވެ. ޔޫރަޕުގެ ހަތަރުވަނަ އިޤްތިޞާދެވެ. އިޓަލީގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 30631 ޑޮލަރެވެ.




#Article 246: ޔުކްރެއިން (383 words)


ޔުކްރެއިނަކީ އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. 

ޔުކްރެއިންގެ ރަސްމީ ބަހަކީ ޔުކްރޭނިއަންއެވެ. އިނގިރޭސި ބަހުން ޔުކްރެއިން މީހުންނަށް ކިޔަނީ ޔުކްރޭނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކިއެވްއެވެ. ޔުކްރެއިންގެ ވެރިރަށަކީ ވެސް ކިއެވްއެވެ. ޔުކްރެއިންއަކީ ސެމި ޕްރެޒިޑެންޝަލް ވެރިކަމެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ.
ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ua. އެވެ. ކޯލިން ކޯޑަކީ +380 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔުކްރޭނިއަން ހްރިވްނިޔާއެވެ. 

ތާރީޚުގެ ތެރެއިން ޔުކްރެއިން، މި ނަން ފާހަގަވާން ފަށާފައިވަނީ 1187 ހާ ތާނގައެވެ. 

ޔުކްރެއިނުގެ އިރުމަތީގައި އޮތީ ރަޝިޔާއެވެ. އުތުރުގައި އޮތީ ބެލާރުސްއެވެ. ހުޅަނގުގައި އޮތީ ޕޮލޭންޑާއި ހަންގޭރީއާއި ސްލޮވާކިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ ރުމޭނިޔާއާއި މޮލްޑޯވާއެވެ. ދެކުނުގައި އޮތީ ކަޅު ކަނޑާއި ސީ އޮފް އަޒޯފެވެ.

ޔުކްރެއިނުގެ މިޒަމާނުގެ ތާރީޚު ފެށިފައިވަނީ އިރުމަތީ ސްލެވުންނާ ހިސާބުންނެވެ. އެހެން ނަމަވެސް ޢީސާއީ މީލާދުގެ 4500 އަހަރު ކުރީން ވެސް ޔުކްރެއިނުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ.
ޔުކްރެއިނުގެ ތާރީޚުގައި އެ ޤައުމަށް އެންމެ ބޮޑު ގެއްލުންތަކެއް ލިބިގެން ދިޔައީ 1657 އާއި 1686 ދެމެދުގައެވެ. މި ދުވަސްވަރަކީ ޔުކްރެއިނުގެ ސަރަޙައްދުގައި ރަޝިޔާ އާއި ޕޮލޭންޑާއި ތުރުކީން ހަނގުރާމަކުރަމުން ދިޔަ ދުވަސްވަރެކެވެ. އެހެންކަމުން މި ދުވަސްވަރު ޔުކްރެއިނުގެ ތާރީޚުގައި ފާހަގަކުރެވިފައިވަނީ ޔުކްރެއިނުގެ ތަރައްޤީ އާއި ކުރިއެރުން އެތައް ހިސާބަކަށް ފަހަތަށް ޖައްސައި ޔުކްރެއިނުގެ ޢުމްރާނީ ތަރައްޤީ މުޅިން ވިއްސިވިހާލި ވެގެންދިޔަ ދުވަސްވަރުގެ ގޮތުގައެވެ. އެހެންކަމުން މި 30 ވަރަކަށް އަހަރު ޔުކްރެއިނުގެ ތާރީޚުގައި ފާހަގަކުރެވިފައިވަނީ “ދަ ރުއިން”ގެ ނަމުންނެވެ. 19 ވަނަ ޤަރުނުގެ ތެރޭގައި ޔުކްރެއިނުގެ ސަރަޙައްދު ބެލެވިފައި އޮތީ ރޫރަލް ސަރަޙައްދެއްގެ ގޮތުގައެވެ. ރަޝިޔާ އާއި އޮސްޓްރިޔާއާ ދެ ޤައުމުން ވެސް އަޅާނުލާ އޮތް ސަރަޙައްދެއްގެ ގޮތުގައެވެ. 
ދެން ފެށިގެން އައީ ޔުކްރެއިނުގެ ޤައުމިއްޔަތުގެ ރޫޙު ދިރިގެން އައި ދުވަސްކޮޅެވެ. 1814 ވަނަ އަހަރުން 1861 ވަނަ އަހަރާ ހަމަޔަށް އުޅުނު މަޝްހޫރު ވަޠަނީ ޅެންވެރިޔާ ތަރަސް ޝެވްޗެންކޯމެންގެ މަސައްކަތުން ޔުކްރެއިނުގެ ޤައުމިއްޔަތު ހޭލައްވާލިއެވެ.
ރަޝިޔާގެ ސަރުކާރުންވަނީ ޔުކްރެއިނުގެ ޤައުމިއްޔަތު ދިރިގެން ދިޔަ ނުދިނުމަށްޓަކައި އެތައް ފިޔަވަޅެއް އަޅާފައެވެ. މި ގޮތުން އެމީހުން އެންމެ ބޮޑު މަސައްކަތެއްކޮށްފައިވަނީ ޔުކްރެއިނުގެ ބަސް ނައްތާލުމަށެވެ. ކޮންމެ ބައެއްގެ ވެސް މާދަރީ ބަހަކީ އެބައެއްގެ ޤައުމިއްޔަތުގެ އެންމެ މުހިއްމު ބަހާ ކަމުގައިވާތީއެވެ. 

މިއަދު ޔުކްރެއިނަކީ މުޅި ޔޫރަޕުގައި ވެސް ރަޝިޔާ ފިޔަވައި އެންމެ ބޮޑު ލަޝްކަރެއް އޮތް ޤައުމެވެ.

އާބާދީގައި 46 މިލިޔަން މީހުން ތިބި ޔުކްރެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 27 ވަނަ ޤައުމެވެ. 
ޔުކްރެއިނުގެ އާބާދީގެ 77.8% އަކީ ޔުކްރެއިން ނަސްލުގެ މީހުންނެވެ. އާބާދީގެ 17.3% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. މީގެ އިތުރުން މޮލްޑޯވަނުންނާއި، ބަލްގޭރިއަނުންނާއި ރޫމޭނިއަނުންނާއި، އަރްމީނިއަނުންނާއި، ބެލާރޫސިއަނުންނާއި، ކްރީމިއަން ތަތާރުންނާއި، ހަންގޭރިއަނުންނާއި، ޕޯލުންނާއި، ޔަހޫދީންނާއި، ޔޫނާނީންނާއި، ތަތާރުން ޔުކްރެއިނުގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.

ޔުކްރެއިނުގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ ޔުކްރެއިނުގެ ގިނަ މީހުން އެ ދީނަކަށް ތަބަޢަވާ ނަޞާރާދީނާ ގުޅިފައި ހުރި ކަންތައްތަކުންނެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ޔޫރަޕުގެ އެހެން ޤައުމުތަކާ ޚިލާފަށް ޔުކްރެއިނުގައި މާމަ، (މަންމަގެ މަންމަ)، މާފަ (މަންމަގެ ބައްޕަ)، ކާފަ (ބައްޕަގެ ބައްޕަ) އަދި މުންނަ (ބައްޕަގެ މަންމަ)ގެ ރޯލު ބޮޑުކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ބާވަ (ބައްޕަ ފަރާތު ބޮޑުބޭބެ)، އައްޕައްޗި (ބައްޕަފަރާތު ބޮޑުދައިތަ)، މާބެ ނުވަތަ މާމަން (މަންމަފަރާތު ބޮޑުބޭބެ)، އަދި އެޅަންމަ (މަންމަ ފަރާތު ބޮޑުދައިތަ) ގެ ރޯލަކީ ވެސް ވަރަށް މުހިއްމުކަން ބޮޑު ރޯލެކެވެ. އެހެންކަމުން ޔޫރަޕުގެ އެހެން ޤައުމުތަކާ ޚިލާފަށް ޔުކްރެއިނުގައި ޢާއިލީ ގުޅުންތައް ވަރަށް ވަރުގަދައެވެ.




#Article 247: އިސްޕެއިން (485 words)


ކިންގްޑަމް އޮފް ސްޕެއިން ނުވަތަ އިސްޕެއިންއަކީ ހުޅަނގު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. އިސްޕެއިން އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ.  

އިސްޕެއިނުގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން އިސްޕެއިނު މީހުންނަށް ކިޔަނީ ސްޕެނިޝް ނުވަތަ ސްޕެނިޔާރޑްސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މެޑްރިޑެވެ. އިސްޕެއިނުގެ ވެރިރަށަކީ ވެސް މެޑްރިޑެވެ. އިސްޕެއިނަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ނުވަތަ 28 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ es. އެވެ. ކޯލިން ކޯޑަކީ +34 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

އިސްޕެއިނުގެ ނަން “ސްޕެއިން” ނުވަތަ “އެސްޕާޏާ” ގެ ނަން އައިސްފައިވާ ގޮތާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. ޤަދީމީ ރޫމާނީން އިބޭރިއާއަށް ކިޔާފައިވާ ނަން ކަމުގައިވާ ހިސްޕޭނިޔާއަކީ ހިސްޕޭރިޔާ މި ބަހުން ނެގިފައިވާ ނަމެއްކަމަށް ބެލެވިފައިވެއެވެ. “ހިސްޕޭރިޔާ” ގެ މާނައަކީ “ލޭންޑް އޮފް ދަ ސެޓިން ސަން” އެވެ. ބައެއް މީހުން ބުނާ ގޮތުގައި އިސްޕެއިނުގެ ނަން ނެގިފައިވަނީ އިސްޕަނިހާދުންނެވެ. މީގެ މާނައަކީ “ލޭންޑް އޮފް ރެބިޓްސް”އެވެ. ނުވަތަ އެޒްޕަންޏާ މިބަހުންނެވެ. މީގެ މާނައަކީ ކަން ނުވަތަ ކޮޅެވެ.މި ނޫން އެތައް ގޮތަކަށް ވެސް އިސްޕެއިނުގެ ނަމުގެ އަޞްލާ ބެހޭ ގޮތުން ވާހަކަ ދެކެވެއެވެ.

ސްޕެއިނުގެ އިރުމައްޗާއި ދެކުނުގައި އޮންނަނީ މެދުތެރޭ ކަނޑެވެ. ދެކުނު ފަރާތުން ޖިބްރޯލްޓަރާ ވެސް ގުޅިފައިވާ ސްޕެއިނުގެ ދެ ޝަހަރު އުތުރު އެފްރިކާގައި ވެސް އޮވެއެވެ. މި ދެ ޝަހަރުން ސްޕެއިނާ ބޯޑަރު ޙިއްޞާކުރާ ޤައުމަކީ މޮރޮކޯއެވެ. ސްޕެއިނުގެ އުތުރުގައި އޮތީ ފަރަންސޭސިވިލާތާއި އެންޑޯރާ އާއި ބޭއި އޮފް ބިސްކޭއެވެ. ހުޅަނގުއުތުރާއި ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑާއި ޕޯޗުގަލްއެވެ. މެދުތެރޭ ކަނޑުގައި އޮންނަ ބަލެއަރިކް ޖަޒީރާ އާއި އެޓްލާންޓިކް ކަނޑުގައި އެފްރިކާގެ އައްސޭރިޔާ ދިމާއަށް އޮންނަ ކެނަރީ ޖަޒީރާއަކީ ސްޕެއިނުގެ ދަށުން ހިނގާ ސްޕެއިނުގެ ރަށްރަށެވެ.

ޖުޣުރާފީ ގޮތުން އިސްޕެއިނު އޮތް ތަނުގެ ސަބަބުން ބޭރުގެ ވަރަށް ގިނަ ނުފޫޒުތަކުން ބާރު ފޯރުވަން މަސައްކަތްކުރި ތަނަކަށް އިސްޕެއިނުވަނީ ވެފައެވެ.
މީލާދީން 8 ވަނަ ޤަރުނުގައި އުތުރު އެފްރިކާއިން އައި މުސްލިމުންވަނީ އިބޭރިއަން ޕެނިންސޫލާ ފަތަޙަކޮށްފައެވެ.
މިއީ އުމަވީ ޚިލާފަތުގެ ދުވަސްވަރުގައެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި އިސްޕޭނު ނުވަތަ “އަންދަލުސް” އޮތް އިރުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެމީހުންގެ ދީން މަތީގައި ތިބުމުގެ ހުއްދަ ދިނެވެ. އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމަކަށް މުސްލިމުން ހުރަސް އަޅާފައެއް ނުވެއެވެ. 
އިސްޕެއިނުގެ އިސްލާމީ ވެރިކަމުގައި އެތަނުގައި ވަރަށް ބޮޑަށް މުސްލިމުން އިތުރުވެގެންދިޔައެވެ.
އިސްލާމުންގެ ވެރިކަމުގައި ވެރިރަށެއްގެ ގޮތުގައި އޮތް ޤުރުޠުބާއަކީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ފުރިހަމަ ޝަހަރެވެ. އިހުޒަމާނުގެ ޔޫނާނީންގެ ޢިލްމު ޔޫރަޕުގައި ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިސްޕެއިނުގައި އޮތް މުސްލިމު ވެރިކަމުގެ ފަރާތުންނެވެ.
މީލާދީން 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގައި އިސްޕެއިނުން ވަނީ އެ ޤައުމަށްވުރެ ބޮޑު އެތައް ޤައުމެއް، އެ ޤައުމުގެ އިސްތިޢުމާރުގެ ދަށަށް ގެނެސްފައެވެ. މި ގޮތުން ދެކުނު އެމެރިކާ ބައްރުގެ ވަރަށް ގިނަ ޤައުމުތަކަކީ ސްޕެއިނުގެ ދަށުގައި އޮތް ޤައުމުތަކެވެ. 
އެހެންކަމުން އެމެރިކާ ބައްރުގައި ކެނެޑާ އާއި އެމެރިކާ އާއި ބްރެޒީލް ފިޔަވައި ދެން ހުރި ހުރިހާ ޤައުމެއްގައިހެން މިއަދުވެސް އެންމެ ގިނަ މީހުން ވާހަކަދައްކަނީ އިސްޕެއިނު ބަހުންނެވެ. އަދި މީގެ ތެރެއިން ގިނަ ޤައުމުތަކުގެ ރަސްމީ ބަހަކީ ވެސް އިސްޕެއިނު ބަހެވެ.

އާބާދީީގައި 46 މިލިޔަން މީހުން ތިބި ސްޕެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 28 ވަނަ ޤައުމެވެ. އެހެން ނަމަވެސް މިއަހަރު އަންދާސާކުރެވިފައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ގޮތުން 27 ވަނައިގައި އޮތް ޔުކްރެއިނަށްވުރެ ސްޕެއިނުގެ އާބާދީ އިތުރުވެ، އާބާދީގެ ގޮތުން 27 ވަނަ ސްޕެއިނަށް ލިބޭނެއެވެ.
އިިސްޕެއިނުގެ އާބާދީގެ 88% މީހުންނަކީ އިސްޕޭނު ނަސްލުގެ މީހުންނެވެ. އަނެއް 12% ގައި ހިމެނެނީ މޮރޮކޯ، އިކުއެޑޯ އަދި ރުމޭނިޔާ ނަސްލުގެ މީހުންނެވެ.

އެހެން ނަމަވެސް މިއަދު އިސްޕެއިނުގައި ކޮންމެވެސް ވަރަކަށް މުސްލިމުން އެބަތިއްބެވެ. އެއީ މިލިޔަނެއްހައި މުސްލިމުންނެވެ. އެއީ ސްޕެއިނުގެ އާބާދީގެ 2.3% އެވެ. ނަޞާރާއިން ޙިއްޞާކުރަނީ އާބާދީގެ 76% އެވެ. ދީނަކަށް ނޫޅާ މީހުންގެ އިން ސައްތައަކީ 20%އެވެ. ޔަހޫދީންގެ އާބާދީއަކީ 0.1%އެވެ.

އިސްޕެއިނުގެ ސަގާފަތަށް ޔޫރަޕު އަދި އުތުރު އެފްރިކާގެ ސަގާފަތުގެ އަސަރާއި ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ. 
އިޓަލީ ފިޔަވައި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ ޤައުމަކީ ވެސް އިސްޕެއިނެވެ. އެއީ 40 ތަނެވެ. 

އިސްޕެއިނުގެ އިޤްތިޞާދަކީ ދުނިޔޭގެ 9 ވަނަ އިޤްތިޞާދެވެ. މުޅި ޔޫރަޕަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދަކީ ވެސް އިސްޕެއިނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 35116 ޑޮލަރެވެ.




#Article 248: ކޮލަންބިއާ (354 words)


ކޮލަންބިޔާއަކީ ނުވަތަ ރިޕަބްލިކް އޮފް ކޮލަންބިޔާއަކީ ދެކުނުއެމެރިކާ ބައްރުގެ ހުޅަނގުއުތުރުގައި އޮތް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. 

ކޮލަންބިޔާގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން ކޮލަންބިޔާގެ މީހުންނަށް ކިޔަނީ ކޮލޮންބިއަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބޮގޯޓާއެވެ. ކޮލަންބިޔާގެ ވެރިރަށަކީ ވެސް ބޮގޯޓާއެވެ. ކޮލަންބިޔާއަކީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 45 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 29 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ co. އެވެ. ކޯލިން ކޯޑަކީ +57 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

ކޮލަންބިޔާގެ ނަން އައިސްފައިވަނީ ކްރިސްޓޮފަރ ކޮލަންބަސްގެ ނަމުންނެވެ. 

ކޮލަންބިޔާގެ އިރުމަތީގައި އޮތީ ވެނެޒުއޭލާ އާއި ބްރެޒިލެވެ. ދެކުނުގައި އޮތީ އިކުއެޑޯ އާއި ޕެރޫއެވެ. އުތުރުގައި އޮތީ ކެރީބިއަން ކަނޑެވެ. ހުޅަނގުއުތުރުގައި އޮތީ ޕެނަމާއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މަހާސާގަރެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުން މެރިޓައިމް ބޯޑަރު ކޮލަންބިޔާއާ ޙިއްޞާކުރެއެވެ. އެ ޤައުމުތަކަކީ ޖެމެއިކާ، ހައިޓީ، ޑޮމިނިކަން ރިޕަބްލިކް، ހޮންޑިއުރަސް، ނިކަރާގުއާ، އަދި ކޮސްޓަރީކާއެވެ.

މިއަދު ކޮލަންބިޔާގެ ގޮތުގައި އޮތް ސަރަޙައްދުގައި އެންމެ ފުރަތަމައަށް އާބާދުވެފައިިވީ އަދިވާސީންނެވެ. މުއިސްކާ އާއި ކުއިންބާޔާ އާއި ޓައިރޯނާ ނަސްލުގެ މީހުންނެވެ. 
އިސްޕޭނު މީހުން ކޮލަންބިޔާގެ ސަރަޙައްދަށް އައިސްފައިވަނީ 1499 ވަނަ އަހަރުގައެވެ. އިސްޕޭނު މީހުން ވަނީ ކޮލަންބިޔާ ސަރަޙައްދުގެ އަޞްލު ރަށްވެހިންގެ ތެރެއިން 90% މީހުންގެ ތެރެއިން ބައެއް މީހުން މަރާލައި، އަނެއްބައި މީހުން އަޅުވެތިކޮށްފައެވެ. އޭގެ ފަހުން އެމީހުން އުފެއްދީ ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާޑާއެވެ. ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާޑާގައި ހިމެނެނީ މިއަދުގެ ކޮލަންބިޔާ އާއި ވެނެޒުއޭލާ އާއި އިކުއެޑޯ އާއި ޕެނަމާއެވެ.
ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާާޑާގެ ވެރިރަށެއްގެ ގޮތުގައި އޮތީ ބޮގޯޓާއެވެ. 

މި ސަރަޙައްދަށް އިސްޕޭނުގެ ދަށުން މިނިވަންކަން ލިބުނީ 1819 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް 1830 ވަނަ އަހަރުގައި “ގްރޭން ކޮލޮންބިޔާ” ވަނީ ރޫޅިގެން ގޮސްފައެވެ.
އެއީ ވެނެޒުއާލާ އާއި އިކުއެޑޯ ވަކިވެ، ވަކި ދައުލަތްތަކަކަށްވީ ހިސާބުންނެވެ. ދެން ފެނިގެން ދިޔައީ މިއަދު ކޮލަންބިޔާ އާއި ޕެނަމާގެ ގޮތުގައި އޮތް ދެ ޤައުމު، ރިޕަބްލިކް އޮފް ނިއުގްރެނާޑާގެ ގޮތުގައި އުފަންވިތަނެވެ. މި ދައުލަތުން ޕެނަމާ ވަކިވީ 1903 ވަނަ އަހަރުގައެވެ.
ކޮލަންބިޔާގެ އައު ޤާނޫނުއަސާސީ ތަޞްދީޤުކޮށްފައިވަނީ 1991 ވަނަ އަހަރުގައެވެ. 

އާބާދީގައި 45 މިލިޔަން މީހުން ތިބި ކޮލަންބިޔާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 29 ވަނަ ޤައުމެވެ. އަދި ދެކުނުއެމެރިކާ ބައްރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. މެކްސިކޯ ފިޔަވައި ސްޕެނިޝް ބަހުން ވާހަކަދައްކާ އެންމެ ބޮޑު އާބާދީއަކީ ކޮލަންބިޔާއެވެ. އެހެންކަމުން ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކީ ކޮލަންބިޔާއެވެ.
ކޮލަންބިޔާގައި 2015 ވަނަ އަހަރު 50 މިލިޔަން މީހުން ތިބޭނެކަމަށް ވަނީ ބެލެވިފައެވެ.
ކޮލަންބިޔާގެ އާބާދީގެ 58% މީހުންނަކީ މެސްޓިޒޯއިންނެވެ. މިއީ ޔޫރަޕުގެ މީހުންނާއި އެމެރިންޑިއަނުންގެ މަސްހުނި ނަސްލެކެވެ. 20% މީހުންނަކީ ޔޫރަޕިއަން ނަސްލުގެ މީހުންނެވެ. 14% މީހުންނަކީ މުއްލަތޯއިންނެވެ. މިއީ ޔޫރަޕާއި އެފްރިކާ މީހުންގެ މަސްހުނި ނަސްލެވެ. 4% މީހުންނަކީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ޒަންބޯއިންނެވެ. އެމީހުންނަކީ އެމެރިންޑިޔަނުންނާއި އެފްރިކާ ނަސްލުގެ މީހުންގެ މަސްހުނި ނަސްލެކެވެ. 1% މީހުންނަކީ އަޞްލު ރަށްވެހިން ކަމުގައިވާ ސާފު އެމެރިންޑިޔަނުން ނުވަތަ އަދިވާސީންނެވެ.

ކޮލަންބިޔާގެ ސަގާފަތަށް އަސަރު ފޯރުވާފައިވަނީ ނޭޓިވް އެމެރިކަން، އިސްޕެނިޝް، ޔޫރަޕިއަން، އެފްރިކަން، އެމެރިކަން، ކެރީބިއަން، މެދުއިރުމަތީގެ ސަގާފަތްތަކުންނެވެ.




#Article 249: ސޫދާން (369 words)


ރިޕަބްލިކް އޮފް ސޫދާން އަކީ ނުވަތަ އައްސޫދާނަކީ އިރު އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ސޫދާނަކީ އެފްރިކާ އާއި މުޅި ޢަރަބި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ޤައުމެވެ. ސޫދާނަކީ މުޅި ދުނިޔެއަށް ބަލާއިރު 10 ވަނައަށް އެންމެ ބޮޑު ޤައުމެވެ.

ސޫދާނުގެ ރަސްމީ ބަހަކީ ޢަރަބި ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ސޫދާނުގެ މީހުންނަށް ކިޔަނީ ސޫދާނީސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮމްދުރްމާންއެވެ. ސޫދާނުގެ ވެރިރަށަކީ ޚަރްޠޫމްއެވެ. ސޫދާނަކީ ފެޑެރަލް ޕްރެޒިޑެންޝަލް ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 39 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 33 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 2.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sd. އެވެ. ކޯލިން ކޯޑަކީ +249 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޫދާނީޒް ޕައުންޑެވެ.

ސޫދާން މިނަމަކީ ވަރަށް ކުރީއްސުރެ އެ ޤައުމުގެ ނަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ނަމެކެވެ.

ސޫދާނުގެ އުތުރުގައި އޮތީ މިޞްރެވެ. އިރު އުތުރުގައި އޮތީ ރަތް ކަނޑެވެ. އިރުމަތީގައި އޮތީ އެރި^ްރިޔާ އާއި އިތިޔޯޕިޔާއެވެ. އިރުދެކުނުގައި އޮތީ ކެންޔާ އާއި ޔޫގެންޑާއެވެ. ހުޅަނގު ދެކުނުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ހުޅަނގުގައި އޮތީ ޗާޑެވެ. ހުޅަނގު އުތުގައި އޮތީ ލީބިޔާއެވެ. ދުނިޔޭގައި އޮތް އެންމެ ދިގު ކޯރުކަމުގައިވާ ނީލަކޯރަކީ މިޞްރުގެ ކޯރެއް ފަދައިން ސޫދާނުގެ ވެސް ކޯރެކެވެ. މި ކޯރުގެ ސަބަބުން ސޫދާނުވަނީ އިރުމަތީ ބަޔަކަށާއި ހުޅަނގު ބަޔަކަށް ބައިވެފައެވެ.

ސޫދާނަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް މެދުކެނޑުމެއް ނެތި މީހުން ދިރިއުޅެމުންދާ އެންމެ ދުވަސްވީ އެއް މަދަނިއްޔަތެވެ. މި ގޮތުން ބަލާއިރު އާރބަން ސަރަޙައްދުގައި ދިރިއުޅުމުގެ ސަގާފަތް 3000 މކ. ހިސާބުން ފެށިގެން ސޫދާނުގެ ތާރީޚުން ދައްކައިދެއެވެ. 
ސޫދާނުން ވަނީ އެ ޤައުމުގެ ތާރީޚުގެ ވަރަށް ބޮޑުބައެއް މިޞްރާއެކު ޙިއްޞާކޮށްފައެވެ. މިޞްރާއި ސޫދާނަކީ އެއް ބަޔެއްގެ ގޮތުގައި އެތަކެއް ޒަމާންތަކެއްގައި އޮތެވެ. 
އިނގިރޭސީންގެ އަތްދަށުން 1956 ވަނަ އަހަރު މިނިވަންވުމަށް ފަހުގައި ސޫދާނަށް ވަނީ 17 އަހަރުގެ ދިގު ދާޚިލީ ހަނގުރާމައަކާ ކުރިމަތިލާންޖެހިފައެވެ. 
ދެން ފެނިގެން ދިޔައީ ނަސްލީ، ދީނީ، އަދި އިޤްތިޞާދީ ކޯޅުންތަކާހުރެ އުތުރު ސޫދާނުގެ ޢަރަބި އަދި ނޫބިޔަން ދަރިކޮޅުތަކުގެ މީހުންނާއި ދެކުނު ސޫދާނުގެ ނަޞާރާއިންނާ ދެމެދު ހިނގަމުން އައި ކުރިމަތިލުންތަކެވެ. 
ސޫދާނުގެ ކާނަލެއްކަމުގައިވާ ޢުމަރު ބަޝީރުވަނީ ލޭ އޮހޮރުވުމެއް ނެތް އިންޤިލާބަކުން 1989 ވަނަ އަހަރު އެ ޤައުމުގެ ވެރިކަން ހޯއްދަވާފައެވެ. އޭގެ ފަހުން ޢުމަރު އަލް ބަޝީރުވަނީ ސޫދާނުގެ ރައީސަކީ އެމަނިކުފާނުކަން އިޢުލާންކުރައްވާފައެވެ.

ސޫދާނުގެ އާބާދީގެ 70% މީހުންނަކީ ސުންނީ މުސްލިމުންނެވެ. 25% އަކީ ނަޞާރާއިންނެވެ. 5% މީހުންނަކީ އެނިމިސްޓުންނެވެ. 

ސޫދާނަކީ ދުނިޔޭގައި މެދުކެނޑުމެއްނެތި އިންސާނުން ވަޒަންވެރިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިިވުމާއެކު ސޫދާނުގެ ސަގާފަތަށް ވެސް ވަނީ މިކަމުގެ މުއްސަނދިކަން ލިބިފައެވެ.

ސޫދާނުގެ ވެރިކަމަށް ޢުމަރު އަލް ބަޝީރު ވަޑައިގެންނެވި ފަހުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. 2005 ވަނަ އަހަރު އެ ޤައުމުން ވަނީ އައު ޤާނޫނު އަސާސީއެއް އެކުލަވާލާފައެވެ. މި ޤާނޫނު އަސާސީއާއެކު ދެކުނުގެ ނަޞާރާއިންނަށް ވަނީ ކޮންމެވެސް ވަރެއްގެ ޒާތީ މިނިވަންކަމެއް ލިބިފައެވެ. އަދި 2011 ވަނަ އަހަރުގައި ދެކުނު ސޫދާނުގެ މިނިވަންކަމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއްލުން އޮންނާނެއެވެ. އެހެންކަމުން މިއީ ވެސް ސޫދާނުގެ އިޤްތިޞާދަށް މުހިއްމު އަސަރެއް ކުރާނެ ކަމެކެވެ. 
ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ސޫދާނަކީ މިއަދު މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1522 ޑޮލަރެވެ.




#Article 250: އެންގޯލާ (329 words)


ރިޕަބްލިކް އޮފް އެންގޯލާއަކީ ދެކުނު މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. 

އެންގޯލާގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. އިނގިރޭސި ބަހުން އެންގޯލާގެ މީހުންނަށް ކިޔަނީ އެންގޯލަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލުއަންޑާއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ލުއަންޑާއެވެ. 
އެންގޯލާއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. 
ޤައުމުގެ އާބާދީއަކީ 18 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 59 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.2 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ao. އެވެ. ކޯލިން ކޯޑަކީ +244 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކްވާންޒާއެވެ.

އެންގޯލާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް އެންގޯލާއެވެ. 

އެންގޯލާގެ ދެކުނުގައި އޮތީ ނެމީބިއާއެވެ. އުތުރުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. އިރުމަތީގައި އޮތީ ޒެންބިއާއެވެ. ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑެވެ.

މީލާދީން 16 ވަނަ ޤަރުނުން ފެށިގެން 1975 ވަނަ އަހަރާ ހަމަޔަށް އެންގޯލާ އޮތީ ޕޯޗުގީޒުންގެ އޯވަރސީސް ޓެރިޓަރީއެއްގެ ގޮތުގައެވެ. 1975 ގައި މިނިވަންވުމަށް ފަހުގައި 2002 ވަނަ އަހަރާ ހަމަޔަށް އެންގޯލާ ވަނީ ނުރައްކާތެރި ދާޚިލީ ހަނގުރާމައެއް ތަޖުރިބާކޮށްފައެވެ.
އެންގޯޯލާގައި އެންމެ ފުރަތަމައަށް ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ ޤަބީލާތަކެއްގެ މީހުންކަމަށް ބުނެވެއެވެ. އޭގެ ފަހުން މި ސަރަޙައްދުގައި ވަޒަންވެރިވީ ބަންޓޫ ދަރިކޮޅުގެ މީހުންނެވެ. 
އެންގޯލާގެ ފުރަތަމަ ވަޒަންވެރީން ކަމުގައި ބެލެވޭ ޚޮއިސާން ދަރިކޮޅުގެ މީހުން މިއަދު ތިބީ ދެކުނު އެންގޯލާގެ ބައެއް ސަރަޙައްދުތަކުގައެވެ. އެންގޯލާއަށް ބަންޓޫ ދަރިކޮޅުގެ މީހުން އައިސްފައިވާ ކަމަށް ބެލެވެނީ މިއަދުގެ ކެމަރޫންގެ ގޮތުގައި އޮތް ސަރަޙައްދުންނެވެ.
ޕޯޗުގީޒުންގެ ނަޒަރު އެންމެ ފުރަތަމަ އެންގޯލާއަށް ހުއްޓުނީ 15 ވަނަ ޤަރުނުގެ ތެރޭގައެވެ. އެއީ 1483 ގައި އެމީހުން ކޮންގޯ ސްޓޭޓާއެކު ގުޅުން ޤާއިމުކުރި ހިސާބުން ފެށިގެންނެވެ.
އެންގޯލާއަކީ ޔޫރަޕާއި ދެކުނު އޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ ފާލަމަކަށް ބަދަލުވެގެން ދިޔައީ މި ދުވަސްވަރުއެވެ. ޕޯޗުގީޒުންގެ އެކްޕްލޯރަރއެއް ކަމުގައިވާ ޕައުލޯ ވަނީ 1575 ގައި ލުއާންޑާ ހޯދާފައެވެ. 
އެއީ ވަޒަންވެރިންގެ 100 އާއިލާ އާއި 400 ސިފައިންނާއެކުގައެވެ. މި މީހުން ޤާއިމުކުރި އަނެއް ތަނަކީ ބެންގުއޭލާއެވެ. އެއީ 1587 އިން 1617 އަށް ޕޯޗުގީޒުންގެ ކިއްލާއެއްގެ ގޮތުގައި ހުރުމަށް ފަހު، އޭގެ ފަހުން ޓައުނަކަށް ބަދަލުވިތަނެކެވެ.

އެންގޯލާއަށް މިނިވަންކަން ލިބުނީ 11 ނޮވެންބަރު 1975 ގައެވެ.

އެންގޯލާގެ މިނިވަންކަމުގެ ކުރީގައި އެ ޤައުމުގައި ޕޯޗުގީޒު ނަސްލުގެ 500000 އަށްވުރެ ގިނަ މީހުން ތިބި ކަމުގައި ވިޔަސް މިއަދު އެންގޯލާގައި ތިބީ ޕޯޗުގީޒު ނަސްލުގެ 30000 މީހުންނެވެ. 
އެންގޯލާގެ އާބާދީގެ 80% މީހުންގެ މާދަރީ ބަހަކީ ޕޯޗުގީޒު ބަހެވެ. އަނެއް 20% މީހުންގެ ދެވަނަ ބަހަކީ ޕޯޗުގީޒު ބަހެވެ.
އެންގޯލާގެ އާބާދީގެ 53% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 46% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ. 0.6% މީހުންނަކީ މުސްލިމުންނެވެ.

އެންގޯލާއަކީ ގާތްގަނޑަކަށް 500 ވަރަކަށް އަހަރުވަން ދެން ޕޯޗުގީޒުންގެ ވެރިކަން ކުރަމުން އައި ތަނެއް ކަމުގައިވާތީ، ޕޯޗުގަލް އާއި އެންގޯލާގައި ސަގާފީ ގޮތުން ވަރަށް ގާތްގުޅުންތަކެއް އޮވެއެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ އެންގޯލާގެ 80% މީހުންގެ މާދަރީ ބަހަކަށް ޕޯޗުގީޒު ބަސްވެފައިވާ ކަމެވެ.
އެހެން ނަމަވެސް މޮކްސިކޯ ޕްރޮވިންސުގައި ސްޕެނިޝް ބަހުން ވާހަކަ ދައްްކާ މީހުން އެބަތިއްބެވެ.




#Article 251: އާޖެންޓީނާ (381 words)


ދަ އާޖެންޓައިން ރިޕަބްލިކް ނުވަތަ އާޖެންޓީނާއަކީ ދެކުނު އެމެރިކާ ބައްރުގައި އޮތް ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. އާޖެންޓީނާއަކީ މުޅި ދުނިޔެއަށް ބަލާއިރު ބިމުގެ ގޮތުން އަށްވަނައަށް އެންމެ ބޮޑު ޤައުމެވެ. ސްޕެނިޝް ބަހުން ވާހަކަދައްކާ ޤައުމުތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑު ޤައުމަކީ ވެސް އާޖެންޓީނާއެވެ. އެހެން ނަމަވެސް އިސްޕެނިޝް ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ތެރެއިން މެކްސިކޯ އާއި އިސްޕެއިނާއި ކޮލަންބިޔާގެ އާބާދީ އާޖެންޓީނާގެ އާބާދީއަށް ވުރެ ބޮޑެވެ.

އާޖެންޓީނާގެ ރަސްމީ ބަހަކީ ސްޕެނިޝްބަހެވެ. އިނގިރޭސި ބަހުން އާޖެންޓީނާގެ މީހުންނަށް ކިޔަނީ އާޖެންޓައިން ނުވަތަ އާޖެންޓީނިއަންއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުއެނޮސް އައިރެސްއެވެ. އާޖެންޓީނާގެ ވެރިރަށަކީ ވެސް ބުއެނޮސް އައިރެސްއެވެ. އާޖެންޓީނާއަކީ ފެޑެރަލް ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 40 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 31 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 2.7 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އެހެން ނަމަވެސް ރޭލު ދަތުރުކުރަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ar. އެވެ. ކޯލިން ކޯޑަކީ +54 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

އާޖެންޓީނާގެ ނަން އައިސްފައިވަނީ ލެޓިން ބަހެއް ކަމުގައިވާ އާޖެންޓަމްއިންނެވެ. މީގެ މާނައަކީ ވިދުން، ހުދުކުލަ، ނުވަތަ ރިއްސެވެ.
އާޖެންޓިނާގެ ނަން ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނިފައިވަނީ މީލާދީން 16 ވަނަ ޤަރުނުހާ ތާނގައެވެ. 

އާޖެންޓީނާގެ ހުޅަނގުގައި އޮތް ފަރުބަދައިގެ ރޭންޖަކީ އެންޑީޒް މައުންޓެއިން ރޭންޖެވެ. އިރުމަތީގައިވަނީ އެޓްލާންޓިކް ކަނޑެވެ. އުތުރުގައިވަނީ ޕެރަގުއޭ އާއި ބޮލީވިއާއެވެ. އިރު އުތުރުގައިވަނީ އުރުގުއޭ އާއި ބްރެޒިލެވެ. ހުޅަނގާއި ދެކުނުގައި އޮތީ ޗިލީއެވެ. ދެން އޮތީ ބްރިޓިޝް އެންޓާޓިކް ޓެރިޓަރީއެވެ.

އާޖެންޓީނާގެ ތާރީޚަށް ބަލާއިރު އެ ޤައުމަކީ ވަރަށް ކުރީއްސުރެ މީހުން ދިރިއުޅޭ ޤައުމެއްކަން ސާބިތުވެއެވެ. 
އިންކާއިންގެ ޕަޗަކޫޓީގެ ވެރިކަމުގައި ވަނީ މިހާރުގެ އާޖެންޓީނާގެ ހުޅަނގު އުތުރު ފަޅިޔަށް 1480 ގައި ޙަމަލާދީ އެތަން ފަތަޙަކޮށްފައެވެ.
ޔޫރަޕުގެ މީހުން އާޖެންޓީނާއަށް އައިސްފައިވަނީ 1516 ވަނަ އަހަރުގައެވެ. 1542 ވަނަ އަހަރު ސްޕޭނު މީހުން ވައިސްރޯޔަލްޓީ އޮފް ޕެރޫ ޤާއިމުކުރިއެވެ. އަދި ދެކުނު އެމެރިކާގައި ސްޕޭނު މީހުންގެ ބާރު ހިނގާތަންތަނަކީ ވައިސްރޯޔަލްޓީ އޮފް ޕެރޫ ކަމުގައި ހަމަޖެއްސިއެވެ. 1580 ވަނަ އަހަރުގައި ސްޕޭނު މީހުންގެ ދާއިމީ ކޮލޮނީއެއް ބުއެނޮސް އައިރެސްގައި ޤާއިމުކުރިއެވެ.
މިއާއެކު ބުއެނޮސް އައިރެސް ވެގެންދިޔައީ ސްޕޭނުން ހިޖުރަކުރި މީހުންނާއި އެމީހުންގެ ދަރިދަރިކޮޮޅުގެ މީހުންގެ ވަޒަނަކަށެވެ.

އާޖެންޓީނާގެ އާބާދީގެ ތާރީޚަށް ބަލާއިރުގައި 1869 ވަނަ އަހަރު އާޖެންޓީނާގައި ތިބީ 1.88 މިލިޔަން މީހުންނެވެ. 1895 ގައި ތިބީ 4 މިލިޔަން މީހުންނެވެ. 1914 ގައި ތިބީ 7 މިލިއަން މީހުންނެވެ. 1947 ގައި ތިބީ 15 މިލިޔަން މީހުންނެވެ. 1960 ގައި ތިބީ 20 މިލިޔަން މީހުންނެވެ. 1970 ގައި ތިބީ 23 މިލިޔަން މީހުންނެވެ. 1980 ގައި ތިބީ 27 މިލިޔަން މީހުންނެވެ. 1991 ގައި ތިބީ 32 މިލިޔަން މީހުންނެވެ. 2001 ގައި ތިބީ 36 މިލިޔަން މީހުންނެވެ. 2009 ގައި ތިބީ 40 މިލިޔަން މީހުންނެވެ.
އާޖެންޓީނާއަކީ ހިޖުރަކޮށްފައިވާ މީހުންގެ ޤައުމެކެވެ. އާޖެންޓީނާގެ އާބާދީގެ 86.4% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. 
ސްޕޭނު އަދި އިޓަލީ ނަސްލުގެ މީހުންނެވެ. 8% މީހުންނަކީ މެސްޓިޒޯއިންނެވެ. 4% މީހުންނަކީ އިރުމަތީ އޭޝިޔާ މީހުންނާއި އަރަބީންނެވެ. އާޖެންޓީނާގެ އާބާދީގެ 92% މީހުންނަކީ ނަޞާރާއިންނެވެ. އާބާދީގެ 1.9% އަކީ މުސްލިމުންނެވެ.

އާޖެންޓީނާގެ ސަގާފަތަކީ ޔޫރަޕުން އިންޕޯޓުކުރެވިފައިވާ ސަގާފަތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 

އާޖެންޓީނާގެ އިޤްތިޞާދަކީ އެކްސްޕޯޓުކުރުމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެކެވެ. 1975 އާއި 1990 ވަނަ އަހަރާ ދެމެދު އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމުތަކުގެ ތެރޭގައި އޮތް އާޖެންޓީނާގެ އިޤްތިޞާދު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14408 ޑޮލަރެވެ.




#Article 252: ޕޮލެންޑު (304 words)


ރިޕަބްލިކް އޮފް ޕޮލެންޑަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. 

ޕޮލެންޑުގެ ރަސްމީ ބަހަކީ ޕޮލިޝްބަހެވެ. އިނގިރޭސި ބަހުން ޕޮލެންޑުގެ މީހުންނަށް ކިޔަނީ ޕޯލް ނުވަތަ ޕޮލިޝްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވަރްސަވްއެވެ. ޕޮލެންޑުގެ ވެރިރަށަކީ ވެސް ވަރްސަވްއެވެ. ޕޮލެންޑަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. 
ޤައުމުގެ އާބާދީއަކީ 38 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 34 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pl. އެވެ. ކޯލިން ކޯޑަކީ +48 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕޮލިޝް ޒަލޯތީއެވެ.

ޕޮލޭންޑްގެ ނަން ނިސްބަތްވަނީ ޕޮލިޝް ނަސްލުގެ މީހުންނަށެވެ. ޕޮލޭންޑުގެ މާނައަކީ ޕޮލިޝް މީހުންގެ ބިމެވެ.
ޖުޣުރާފީ
ޕޮލެންޑުގެ ހުޅަނގުގައި އޮތީ ޖަރުމަނެވެ. ދެކުނުގައި އޮތީ ޗެކް ރިޕަބްލިކާއި ސްލޮވާކިޔާއެވެ. އިރުމަތީގައި އޮތީ ޔުކްރެއިނާއި ބެލާރުސް އާއި ލިތުއޭނިޔާއެވެ. އުތުރުގައި އޮތީ ބަލްޓިކް ކަނޑާއި ރަޝިޔާގެ ކަލިނިންގްރާޑް އޮބްލާސްޓެވެ.

މިހާރު ޕޮލޭންޑުގެ ގޮތުގައި އޮތް ބިމަކީ ވަރަށް ގިނަ ނަސްލުތަކުގެ މީހުން ވަޒަންވެރިވެފައިވާ ތަނެެއްކަން ތާރީޚީ ހޯދުންތަކުން ދައްކައެވެ. 
އެހެން ނަމަވެސް މި ނަސްލުތަކުގެ މީހުންނަކީ ކޮން އަޞްލެއްގެ ބައެއްކަމާއި މެދު އަދިވެސް ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ. 
ޕޮލޭންޑުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ޑޮކިއުމެންޓް ކުރެވިފައިވާ ފުރަތަމަ ވެރިޔާ ކަމުގައިވާ މިއެސްޒުކޯ1 މަޢުމޫދު ކުރެވުނީ (ބެޕްޓައިޒް ކުރެވުނީ) 966 ވަނަ އަހަރުގައެވެ. 
މިއެސްޒުކޯ ކެތަލިކް ނަޞާރާއަކަށް ވެ ވަޑައިގަތުމުން އެ ޤައުމުގެ އައު ރަސްމީ ދީނަކީ ކެތަލިކް ނަޞާރާ ދީން ކަމުގައި ހަމަޖެހިގެން ދިޔައެވެ. 
ދެން އައި އަހަރުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ނަޞާރާ ދީން އިޚްތިޔާރުކޮށްފައެވެ. 
މީލާދީން 12 ވަނަ ޤަރުނުގައި ކުދިކުދި އެތައް ދައުލަތަކަށް ޕޮލެންޑް ބައިބައިވެގެން ދިޔައެވެ. 
މީލާދީން 1320 ވަނަ އަހަރު އަނެއްކާވެސް އެކުވެފައިވާ ޕޮލޭންޑެއްގެ ރަސްކަލަކަށް ވްލަދިސްލާވް 1 ވެ ވަޑައިގަތެވެ.
އޭނާގެ ދަރިކަލުން ޗަސީމީރް 3 އަކީ ޕޮލިޝް ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ރަސްރަަސްކަލުންގެ ތެރެއިން އެއް ބޭފުޅެކެވެ. 
ޕޮލެންޑަކީ އެ ޤައުމުގެ ދިގު ތާރީޚުގައި މީސް މީހުން ހިޖުރަކުރުމުގެ މަރުކަޒެކެވެ. މި ގޮތުން ޕޮލޭންޑަށް ވަޒަންވެރިވި އެއްބަޔަކީ ޔަހޫދީންނެވެ. 

މީލާދީން 1795 ވަނަ އަހަރާއި 1918 ވަނަ އަހަރާ ދެމެދުގެ އަހަރުތަކަކީ ޕޮލެންޑް އަނެއްކާ ވެސް ބައިކުރެވުނު ދުވަސްތަކެކެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަކީ ޕޮލޭންޑަށް މާ ރަނގަޅު އަހަރުތަކެއްގެ ގޮތުގައި ބެލެވޭކަށެއް ނެތެވެ. ހަނގުރާމައަށް ފަހުގައި ޕޮލެންޑްވެގެން ދިޔައީ ކޮމިއުނިސްޓް ޤައުމަކަށެވެ. 
 

ޕޮލެންޑުގެ އާބާދީގައި ބޮޑު ހަނގުރާމައިގެ ކުރީގައި 3 މިލިޔަނެއް ހައި ޔަހޫދީން ތިބި ނަމަވެސް ހިޓްލަރުގެ ޖަރުމަނުން ހިންގި ޢަމަލުތަކުގެ ސަބަބުން ޔަހޫދީންގެ ޢަދަދުވަނީ 300000 އަށް ތިރިވެފައެވެ. 

މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ހަމަ އެކަނި ސައިންސްވެރިޔާ (ފްރާންސްގެ) މޭރީ ކިއުރީ ހިމެނެއެވެ.

ޕޮލޭންޑްގެ ސަގާފަތަށް ހުޅަނގާއި އިރުމަތީގެ އަސަރުތައް ވަނީކޮށްފައެވެ. މިއަދު ޕޮލޭންޑްގެ އާކިޓެކްޗަރ އިންނާއި ފަންނުތަކުން މިއަސަރުތައް ދަނީ ފެންނަމުންނެވެ. 




#Article 253: ޓެންޒޭނިއާ (318 words)


ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒޭނިޔާ ނުވަތަ ޓެންޒޭނިޔާއަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ޓެންޒޭނިޔާގެ ރަސްމީ ބަހަކީ ސަވާހިލީ ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ޓެންޒޭނިޔާގެ މީހުންނަށް ކިޔަނީ ޓެންޒޭނިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދާރުއްސަލާމެވެ. ޓެންޒޭނިޔާގެ ވެރިރަށަކީ ދޮދޯމާއެވެ. ޓެންޒޭނިޔާއަކީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 43 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 30 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.9 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tz. އެވެ. ކޯލިން ކޯޑަކީ +255 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޓެންޒޭނިޔަން ޝިލިންގެވެ.

ޓެންޒޭނިޔާގެ ނަން ނިސްބަތްކުރެވިފައިވަނީ އެ ޤައުމުގެ ދެ ސަރަޙައްދުގެ ނަމަށެވެ. ޓެންގަންޔިކާ އާއި ޒޭންޒިބާރެވެ.

ޓެންޒޭނިޔާގެ އުތުރުގައި އޮތީ ކެންޔާ އާއި ޔޫގެންޑާއެވެ. ހުޅަނގުގައި އޮތީ ރުވާންޑާ އާއި ބުރުންޑީ އާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއެވެ. ދެކުނުގައި އޮތީ ޒެންބިޔާ އާއި މަލާވީ އާއި މުސިންބީއެވެ. އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ.

މީގެ 10 ވަރަކަށް ހާސް އަހަރުކުރީން ޓެންޒޭނިޔާގައި އާބާދުވީ ޝިކާރަކުރާ މީހުންކަމުގައި ބެލެވިފައިވެއެވެ. މީގެ 2000 ވަރަކަށް އަހަރުކުރީން ހުލަނގު އެފްރިކާއިން ބަންޓޫ މީހުން އައިސް މި ސަރަޙައްދުގައި ވަނީ ވަޒަންވެރިވެފައެވެ.
ޚަލީޖު އީރާނާއި ހުޅަނގު އިންޑިޔާގެ ވިޔަފާރިވެރިންނާއި ދަތުރުވެރިންވަނީ މީލާދީން ފުރަތަމަ ސާސްކަފުގެ ތެރޭގައި އިރުމަތީ އެފްރިކާގެ އައްސޭރިއަށް ޒިޔާރަތްކުރަން ފަށާފައެވެ.
މީލާދީން 8 ވަނަ ޤަރުނާއި 9 ވަނަ ޤަރުނާ ދެމެދު ސަވާހިލީ އައްސޭރިއަށް ވަނީ އިސްލާމްދީން ފޯރާފައެވެ. 
އައްސޭރީގެ ޤިޠާޢަށް ކްލެއިމްކުރައްވައި ޢުމާންގެ ރަސްގެފާނު ސައްޔިދު ސަޢީދު ވަނީީ އޭނާގެ ދާރުލްޙުކޫމާ ޒޭންޒިބާރު ޝަހަރަށް 1840 ގައި ބަދަލުކުރައްވާފައެވެ. މި ދުވަސްވަރު ޒޭންޒިބާރުވެފައިވަނީ ޢަރަބި އަޅުންގެ ވިޔަފާރީގެ މަރުކަޒަކަށެވެ.
ޢަރަބި ސަވާހިލީ ޒޭންޒިބާރުގެ އާބާދީގެ 65% އާއި 90% އާ ދެމެދުގެ ޢަދަދެއްގެ މީހުންވަނީ އަޅުވެތިކުރެވިފައެވެ. 
އިރުމަތީ އެފްރިކާގެ އައްސޭރީގައި އަޅުންގެ ވިޔަފާރިކުރި މީހުންގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ ޓިއްޕޫ ޓިޕްއެވެ. ޚުދު އޭނާއަކީ ވެސް އަޅުވެތިކުރެވިފައިވާ މީހެއްގެ ކާފަ ދަރިއެކެވެ.
ޓެންޒޭނިޔާގެ ސަރަޙައްދުތަކުގެ ތެރެއިން ޓެންގަންކިޔާ އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 9 ޑިސެންބަރު 1961 ގައެވެ. ޒޭންޒިބާރު އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 12 ޖަނަވަރީ 1964 ގައެވެ. މަރުޖަރު މިނިވަންވެފައިވަނީ 26 އެޕްރީލް 1964 ގައެވެ.

އާބާދީގައި 43 މިލިޔަން މީހުން ތިބި ޓެންޒޭނިޔާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 30 ވަނަ ޤައުމެވެ. 
ޓެންޒޭނިޔާގެ އާބާދީއަށް ބަލާއިރު ތިން ބައިކުޅަ އެއްބައިމީހުންނަކީ މުސްލިމުންނެވެ. ތިންބައިކުޅަ އެއްބައިމީހުންނަކީ ނަޞާރާއިންނެވެ. ތިންބައިކުޅަ އެއްބައި މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ.
ޒޭންޒިބާރަށް ބަލާއިރު، ޒޭންޒިބާރުގެ އާބާދީގެ 99% މީހުންނަކީ މުސްލިމުންނެވެ. ޓެންޒޭނިޔާގެ މުސްލިމުންގެ ތެރެއިން 80% އާއި 90% އާ ދެމެދުގެ މީހުންނަކީ ސުންނީންނެވެ.
ޓެންޒެނިޔާގެ މައިކަރައަށް ބަލާއިރުގައި ކޮންމެވެސް ވަރަކަށް އެހެން ދީންތަކުގެ މީހުންވެސް އުޅެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ބުދުދީނުގެ މީހުންނާއި ހިންދޫންނާއި ބަހާއީންނެވެ.

ޓެންޒޭނިޔާއަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މުއްސަނދި ސަގާފަތެއް އޮތް ތަނެކެވެ. ޓެންޒޭނިޔާގެ މިއުޒިކާއި ޓެންޒޭނިޔާގެ ސަގާފީ ނެށުންތަކަކީ މުޅި އެފްރިކާ ބައްރުން ވެސް ހޮވާލެވޭފަދަ ކަންކަމެވެ.




#Article 254: ޔުގެންޑާ (336 words)


ރިޕަބްލިކް އޮފް ޔޫގެންޑާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ. 

ޔޫގެންޑާގެ ރަސްމީ ބަހަކީ އިނގިރޭސިބަހާއި ސަވާހިލީ ބަހެވެ. އިނގިރޭސި ބަހުން ޔޫގެންޑާގެ މީހުންނަށް ކިޔަނީ ޔޫގެންޑަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަންޕާލާއެވެ. ޔޫގެންޑާގެ ވެރިރަށަކީ ކަންޕާލާއެވެ. ޔޫގެންޑާއަކީ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 32 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 37 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ug. އެވެ. ކޯލިން ކޯޑަކީ +256 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫގެންޑަން ޝިލިންގެވެ.

ޔޫގެންޑާގެ ނަން ނިސްބަތް ކުރެވިފައިވަނީ ބޫގެންޑާ ރަސްކަމަށެވެ. 

ޔޫގެންޑާގެ އިރުމަތީގައި އޮތީ ކެންޔާއެވެ. އުތުރުގައި އޮތީ ސޫދާނެވެ. ހުޅަނގުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. ހުޅަނގު ދެކުނުގައި އޮތީ ރުވާންޑާއެވެ. ދެކުނުގައި އޮތީ ޓެންޒޭނިޔާއެވެ. 

މީގެ 2300 ވަރަކަށް އަހަރު ކުރީން ޔޫގެންޑާގެ ސަރަހައްދުގައި ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ މީހުންނެވެ. ބަންޓޫ ބަހުން ވާހަކަ ދައްކާ މީހުންވަނީ ޤައުމުގެ ދެކުނުގައި ވަޒަންވެރިވެފައެވެ. ބެލެވިފައިވާ ގޮތުން މި މީހުންނަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއިން އައިސް ވަޒަންވެރިވި ބައެކެވެ.
މި މީހުންވަނީ ޔޫގެންޑާއަށް ދަގަނދުގެ މަސައްކަތްކުރުމުގެ ހުނަރުތައް ތަޢާރަފުކޮށްފައެވެ. އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން އައު ވިސްނުންތައް ގެނެސްފައެވެ.
ޢަރަބި ވިޔަފާރިވެރިން އިރުމަތީ އެފްރިކާއަށް ގޮސްފައިވަނީ މީލާދީން 1830 ވަނަ އަހަރު ތާނގައެވެ. 1860 ގައި އިނގިރޭސީންވަނީ ޔޫގެންޑާއަށް އައިސްފައެވެ. ޕްރޮޓެސްޓެންޓު މުބައްޝިރުން (މިޝަނަރީން) ޔޫގެންޑާއަށް ވަދެފައިވަނީ 1877 ވަނަ އަހަރުގައެވެ. ކެތަލިކް މުބައްޝިރުން ވަދެފައިވަނީ 1879 ގައެވެ.

ޔޫގެންޑާއަކީ ވަރަށް ގިނަ ނަސްލުތަކުގެ މީހުންގެ ވަޒަނެއް ކަމުގައިވެފައިވާ ޤައުމެކެވެ. މީގެ ތެރެއިން އެއްވެސް ނަސްލެއްގެ ބަޔަކަށް މުޅި ޤައުމުގެ އާބާދީގެ ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ.
ޔޫގެންޑާގައި ތަފާތު 40 ބަހަކުން ވާހަކަ ދައްކައެވެ. ޔޫގެންޑާގެ މިނިވަންކަމަށް ފަހު އެ ޤައުމުން ވަނީ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސާފައެވެ. ޔޫގެންޑާގެ އިނގިރޭސި ބަހުގައި ވަނީ އެ ޤައުމުގެ ކުލަޖެހިފައެވެ.
ސަވާހިލީ ބަހަކީ އިރުމަތީ އަދި މެދުތެރޭ އެފްރިކާގައި އެންމެ ބޮޑަށް ބޭނުންކުރާ އެއްބަހެއް ކަމުގައިވާތީ 2005 ވަނަ އަހަރުގައި އެ ޤައުމުންވަނީ ސަވާހިލީ ބަހަކީ އެ ޤައުމުގެ ދެވަނަ ރަސްމީ ބަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
ޔޫގެންޑާގައި އޮތީ ވަރަށް ޒުވާން އާބާދީއެކެވެ. އެ ޤައުމުގެ އާބާދީގެ މީޑިޔަން ޢުމުރަކީ 15 އަހަރެވެ.
ޔޫގެންޑާގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. ޔޫގެންޑާގެ އާބާދީގެ 78% އަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންނަކީ 12%އެވެ. އެހެން ދީންތަކަށް ތަބަޢަވާ އަދި އެއްވެސް ދީނަކަށް ތަބަޢަނުވާ މީހުންގެ ޖުމްލައަކީ 10% އެވެ. 

ޔޫގެންޑާގެ ސަގާފަތަކީ ވަރަށް ބޮޑު ތަފާތުތަކެއް އެކުލެވިފައިވާ ސަގާފަތެކެވެ. ޔޫގެންޑާގެ އާބާދީގައި ހިމެނޭ އިންޑިޔާ ދަރިކޮޅުގެ މީހުން އީދީ އަމީނުގެ ދުވަސްވަރުގައި ޤައުމުން ބޭރުކޮށްލެވުނު ނަމަވެސް އެމީހުން މިހާރުވަނީ ޤައުމަށް އެނބުރި އައިސްފައެވެ. ނަތީޖާއެއްގެ ގޮތުން ޔޫގެންޑާގެ ސަގާފަތުގެ ތެރޭގައި އިންޑިޔާގެ ރަހަތައް ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ.

އެތައް ދުވަހެއް ވަންދެން ޔޫގެންޑާއިން ވަނީ ބަލިކަށި އިޤްތިޞާދީ ސިޔާސަތުތަކަކާ ހެދި ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. 
މިހާރު އެ ޤައުމުން ވަނީ އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން 2008 ވަނަ އަހަރު ޔޫގެންޑާގެ އިޤްތިޞާދަށް ވަނީ 7% ގެ ކުރިއެރުމެއް އައިސްފައެވެ. 




#Article 255: ޕެރޫ (222 words)


ރިޕަބްލިކް އޮފް ޕެރޫއަކީ ދެކުނު އެމެރިކާ ބައްރުގެ ހުޅަނގު ބިތަށް ނިސްބަތްވާ ޤައުމެކެވެ. 

ޕެރޫގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ޕެރޫގެ މީހުންނަށް ކިޔަނީ ޕެރުވިއަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލީމާއެވެ. ޕެރޫގެ ވެރިރަށަކީ ވެސް ލީމާއެވެ. ޕެރޫއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ.
ޤައުމުގެ އާބާދީއަކީ 29 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 41 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pe. އެވެ. ކޯލިން ކޯޑަކީ +51 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނުއެވޯ ސޯލްއެވެ.

ޕެރޫގެ އުތުރުގައި އޮތީ އިކުއެޑޯ އާއި ކޮލަންބިޔާއެވެ. އިރުމަތީގައި އޮތީ ބްރެޒިލްއެވެ. އިރުދެކުނުގައި އޮތީ ބޮޮލީވިއާއެވެ. ދެކުނުގައި އޮތީ ޗިލީއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. 

ޕެރޫގައި މީގެ 9000 އަހަރު ކުރީން ވެސް މީހުން ދިރިއުޅެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުށްޓެވެ. ޢީސާގެފާނުގެ މީލާދުގެ 3000 އަހަރާއި 1800 އަހަރާއި ދެމެދު ޕެރޫގަައި އޮތް ތަމައްދުނުގެ އަސަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ. 
ޕެރޫއަކީ ދެކުނު އެމެރިކާ ސަރަޙައްދުގައި އުފެދުނު އެންމެ ބޮޑު އެއް އެމްޕަޔަރ ކަމުގައިވާ “އިންކާ އެމްޕަޔަރ” ޤާއިމުވެފައި އޮތް ތަނެވެ. މީލާދީން 15 ވަނަ ޤަރުނަކީ އިންކާ އެމްޕަޔަރގެ ރަން ދުވަސްވަރު ކަމުގައި ބެލެވިފައިވެއެވެ. 
މީލާދީން 16 ވަނަ ޤަރުނުގައި އިސްޕޭނުގެ އެމްޕަޔަރ އިން ޕެރޫގެ ސަރަޙައްދު ހިފިއެވެ. އަދި އެތަނުގައި ވައިސްރޯޔަލްޓީއެއް ޤާއިމުކުރިއެވެ.
މީލާދީން 19 ވަނަ ޤަރުނަކީ ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކުން މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި ދުވަސްވަރެކެވެ. 

ޕެސިފިކް ހަނގުރާމައިގައި 1879 އާއި 1883 އާ ދެމެދު ޗިލީގެ އަތުން ޕެރޫ ބަލިވިއެވެ. 

ޕެރޫގެ އާބާދީގެ 45% މީހުންނަކީ އެމެރިންޑިޔަނުންނެވެ. 37% މީހުންނަކީ މެސްޓިޒޯސްއެވެ. މެސްޓިޒޯ މީހުންނަކީ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުން އިނދެގެން އުފެދިފައިވާ ނަސްލެކެވެ. 15% މީހުންނަކީ ޔޫރަޕު ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ އެފްރިކާ ނަސްލުގެ މީހުނާއި ޖަޕާނު މީހުންނާއި ޗައިނާ މީހުންނެވެ.

ޕެރޫގެ ސަގާފަތަށް އަސަރު ފޯރުވާފައިވަނީ އެމެރިންޑިޔަނުންނާއި އިސްޕޭނު މީހުންގެ ސަގާފަތެވެ. ޕެރޫގެ ސަގާފަތުގެ ތެރެއިން މިއަދު ޗައިނާ، ޖަޕާނު އަދި އެފްރިކާގެ އަސަރުތައް ދަނީ ފެންނަމުންނެވެ.




#Article 256: ޢިރާޤު (336 words)


ރިޕަބްލިކް އޮފް ޢިރާޤަކީ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުމަށް މެސޮޕޮޓޭމިއާއޭ ވެސް ކިޔައެވެ. ޢިރާޤަކީ ދެކޯރުގެ ދެމެދުގައިވާ ހިތް ފަސޭހަ ބިމުގެ ގޮތުގައި މަޝްހޫރުވެފައިވާ ބިމެވެ. އިންސާނީ ޙަޟާރަތާއި ތަރައްޤީ އާއި ތަމައްދުނުގެ އުނގު ކަމުގައި ބެލެވޭ މެސޮޕޮޓޭމިޔާއަކީ ޢިރާޤެވެ. 
ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ފެނުން ތާޒާކަން ލިބިފައިވާ ޢިރާޤަކީ ޠޫފާނުގެ ފަހުން ދެވަނަ ފަހަރަށް އިންސާނުން ދުނިޔޭގެ ބިމުގައި ދިރިއުޅެން ފެށި ވަޒަނެވެ. އެހެންކަމުން ބަނީ ނޫޙު ވަންހައިގެ މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވަނީ ޢިރާޤުގައެވެ. ބަނީ އާދަމް ނުވަތަ ނޫޙުގެފާނުގެ ކުރީގައި ތިބި އިންސާނުންގެ ވަޒަނެއްކަމުގައިވެފައި އޮތް ކަމަށް ބެލެވެނީ ޔަމަނާއި ޙިޖާޒެވެ. ބަނީ ނޫޙު ނުވަތަ ނޫޙުގެފާނުގެ ފަހުން ތިބި އިންސާނުން ފުރަތަމަ ދިރިއުޅެންފެށިކަމަށް ބެލެވިފައިވަނީ ޢިރާޤުގައެެވެ. 
ނޫޙުގެފާނުގެ ބޭފުޅުންގެ ތެރެއިން އެފްރިކާކޮޅަށް ވަޑައިގަތީ ޙާމްގެ ދަރިކޮޅު މީހުންނެވެ. މި މީހުން ކަޅުވެފައިވަނީ ނޫޙުގެފާނު ކުރެއްވި ދުޢާފުޅަކުން ކަމަށް ބުނެވެއެވެ. ސާމްގެ ދަރިކޮޅު މީހުންނަކީ ޢަރަބީންނާއި އިސްރާއީލީންނެވެ. ޔާފިސުގެ ދަރިކޮޅު މީހުންނަކީ މޮންގޯލިޔަނުންނާއި ތުރުކީ ނަސްލުގެ މީހުންނެވެ. ޔޫރަޕުގެ ދަރިކޮޅަކީ ސާމީ ދަރިކޮޅާއި ޔާފިސީ ދަރިކޮޅު ގުޅިގެން އުފެދުނު ދަރިކޮޅެއް ކަމަށް ބުނެވެއެވެ. ޢިރާޤު ނުވަތަ މެސޮޕޮޓޭމިޔާއަށް ކްރޭޑްލް އޮފް ސިވިލައިޒޭޝަނޭ ކިޔަނީ މިހެންވެގެންނެވެ.

ޢިރާޤުގެ ރަސްމީ ބަހަކީ ޢަރަބިބަހާއި ކުރުދީ ބަހެވެ. މީގެ އިތުރުން ސަރަޙައްދީ ބަސްތަކުގެ ގޮތުގައި އާރާމީ ބަހާއި އަޒަރުބައިޖާނީ ބަސް ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން ޢިރާޤުގެ މީހުންނަށް ކިޔަނީ އިރާގީސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަޣުދާދެވެ. ޢިރާޤުގެ ވެރިރަށަކީ ވެސް ބަޣުދާދެވެ. ޢިރާޤަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ.
ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 39 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ iq. އެވެ. ކޯލިން ކޯޑަކީ +964 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޢިރާޤީ ދީނާރެވެ.

ޢިރާޤަށް ޤަދީމީ ޒަމާނުގައި ކިޔާނަމަކީ މެސޮޕޮޓޭމިޔާއެވެ. 

ޢިރާޤުގެ ހުޅަނގުގައި އޮތީ އުރުދުންއެވެ. ހުޅަނގު އުތުރުގައި އޮތީ ސޫރިޔާއެވެ. އުތުރުގައި އޮތީ ތުރުކީއެވެ. އިރުމަތީގައި އޮތީ އީރާނެވެ. ދެކުނުގައި އޮތީ ކުވައިތާއި ސަޢޫދީ ޢަރަބިއްޔާއެވެ. 

ކްރޭޑްލް އޮފް ސިވިލައިޒޭޝަން ނުވަތަ ތަހްޒީބާއި ތަމައްދުނުގެ އުނގުކަމުގައި ބެލެވޭ މެސޮޕޮޓޭމިޔާ ނުވަތަ ޢިރާޤަކީ ލިޔުންތެރިކަމާއި ސަރަކަ (ވީލް) އުފެދުނު ބިމެވެ.
ޢިރާޤުގެ ޤަދީމީ ރަސްގެފާނު ހާމޫރާބީގެ ވާހަކައަކީ އަޅުގަނޑުމެންނަށް އާ ވާހަކަތަކެއް ނޫނެވެ. 
މީލާދީން ހަތްވަނަ ޤަރުނުގައި ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުގައި ޢިރާޤަށް ވަނީ އިސްލާމްދީން ތަޢާރަފު ކުރެވިފައެވެ. 
ޢިރާޤުގެ ވެރިރަށް ބަޣުދާދު ބިނާކުރެވުނީ ޢައްބާސީ ޚިލާފަތުގެތެރޭގައި މީލާދީން އަށްވަނަ ޤަރުނުގައެވެ.
ދެން އައީ ތުރުކީންގެ ވެރިކަމެވެ. އޭގެ ފަހުން ޢިރާޤު ދިޔައީ އިނގިރޭސީންގެ ދަށަށެވެ. 1932 ގައި މިނިވަންކަން ލިބުމަށް ފަހުގައި ދެން އުފެދުނީ ޢިރާޤުގެ ރަސްކަމެވެ. ޢިރާޤުގެ ރަސްކަން އުވި ޖުމްހޫރިއްޔަތަކަށް ބަދަލުވީ 14 ޖުލައި 1958 ގައެވެ.

ޢިރާޤުގެ އާބާދީގެ 80% އަކީ ޢަރަބީންނެވެ. 15% އަކީ ކުރުދީންނެވެ. ދެން ތިބީ ތުރުކުމަނުންނާއި އާޝޫރީންނެވެ. ސުންނީންގެ އާބާދީއަކީ 45% އެވެ. ޝީޢީންނަކީ 55% އެވެ. މުޅި އާބާދީގެ 3% އަކީ އެހެން ދީންތަކުގެ މީހުންނެވެ.

ޢިރާޤުގެ ސަގާފީ ކަންތައްތަކުގެ ތެރޭގައި ވަރަށް ޤަދީމީ އާދަތައް ވެސް ހިމެނެއެވެ. ހަމަ އެހެންމެ ފާރިސީންނާއި ޢަރަބީންގެ ސަގާފީ ކަންތައް ވެސް ހިމެނެއެވެ. 




#Article 257: ގާނާ (347 words)


ރިޕަބްލިކް އޮފް ގާނާއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. 

ގާނާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ގާނާ މީހުންނަށް ކިޔަނީ ގާނާއިިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަކްރާއެވެ. ގާނާގެ ވެރިރަށަކީ ވެސް އަކްރާއެވެ.
ގާނާ އަކީ ދުސްތޫރީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 23 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 48 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gh. އެވެ. ކޯލިން ކޯޑަކީ +233 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގާނާާއިއަން ސޭދީއެވެ.

ގާނާގެ ހުޅަނގުގައި އޮތީ އައިވަރީ ކޯސްޓެވެ. އުތުރުގައި އޮތީ ބުރުކިނާ ފާސޯއެވެ. އިރުމަތީގައި އޮތީ ޓޯގޯއެވެ. ދެކުނުގައި އޮތީ ގަލްފް އޮފް ގީނިއާއެވެ.

މިއަދު ގާނާގައި ދިރިއުޅެމުންދާ މީހުންނަކީ އެންމެ ފުރަތަމަ ގާނާގައި ވަޒަންވެރިވި މީހުންކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ގާނާގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
ދޫދޫ މަތިން ކިޔެމުން އަންނަ ވާހަކަތަކަށް ބަލާއިރު ގާނާގެ މިހާރުގެ ތަންވެހީން އެ ސަރަޙައްދަށް އައިސްފައިވަނީ މީލާދީން 13 ވަނަ ޤަރުނު ހިސާބުގައެވެ. 
މިއަދުގެ ގާނާގެ ގޮތުގައި އޮތް ސަރަޙައްދަކީ އަޝަންތީ އެމްޕަޔަރއެވެ. މިއީ އިސްތިޢުމާރީީ ވެރިކަމުގެ ކުރީގައި ސަބް ސަހާރަން އެފްރިކާގައި އޮތް އެންމެ ވަރުގަދަ އެއް ވެރިކަމެވެ.
ގާނާގެ ރަށްވެހީންގެ ތެރެއިން އަކާން ދަރިކޮޅުގެ މީހުން ދެކުނު ކޮޅަށް ދަތުރުކުރި ކުރުމުގައި ވަނީ އެތައް ޤައުމެއް އުފަންކޮށްފައެވެ. މީގެ ތެރޭގައި ގްރޭޓް އަކާން އެމްޕަޔަރ އޮފް ދަ ބޯނޯ ހިމެނެއެވެ.
މިއަދު މި ސަރަޙައްދު ވެސް އޮތީ ގާނާގެ ބައެއްގެ ގޮތުގައެވެ.
ދެކުނު މެދުތެރޭ ގާނާގެ ބޮޑުބައި އެކުވެގެން ދިޔައީ އަޝަންތީ އެމްޕަޔަރގެ ވެރިކަމުގައެވެ. އަޝަންތީންނަކީ އަކާން ދަރިކޮޅަށް ނިސްބަތްވާ ގޮތްޕެކެވެ.
އ.ދ ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ކޯފީ އަނާނަކީ ވެސް އަޝަންތީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ.
އަޝަންތީ ދަރިކޮޅުގެ ވެރިކަމުގެ ރަން ދުވަސްވަރުގައި އެމީހުންގެ ލަޝްކަރުގައި 500000 އަށް ވުރެ ގިނަ ސިފައިން ތިބޭ ކަމުގައި ބުނެވެއެވެ. އަޝަންތީންގެ އާބާދީގެ ތެރެއިން ތިން ބައިކުޅަ އެއް ބައި މީހުންނަކީ އަޅުންނެވެ.
ޕޯޗުގީޒުން ގާނާއަށް އައިސްފައިވަނީ 1371 ވަނަ އަހަރުގައެވެ. އެމީހުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ގާނާއިން ފެނުނު ރަނަށެވެ. 
ޕޯޗުގީޒު މީހުން އެންމެ ފުރަތަމަ ފައިބީއްސާލީ ފަންތޭ ދަރިކޮޅުގެ މީހުން ދިރިއުޅެމުން ގެންދިޔަ އައްސޭރިފަށުގެ ޝަހަރެއްގައެވެ. 
އެމީހުން އެތަނަށް އޮލްނިނީ (އަހަރެންގެ) މި ނަމުން ނަން ދިނެވެ.

ޔޫރަޕުގެ އެހެން މީހުން 17 ވަނަ ޤަރުނުގެ ތެރޭގައި މިހިސާބަށް އައެވެ. މި ގޮތުން ފާހަގަކުރެވެނީ އިނގިރޭސީންނާއި ސްވިޑަނުންނާއި ޑެންމާކީންނެވެ. 
މި ހިސާބަށް ލިބިފައިވާ ރަނުގެ މުއްސަނދިކަމާ ހެދި، މި ސަރަޙައްދަށް ރަން އައްސޭރި (ނުވަތަ ގޯލްޑް ކޯސްޓު) މި ނަމުން އިނގިރޭސީން ނަން ދިނެވެ.

ގާނާގައި ތަފާތު 100 އެތްނިކް ގްރޫޕެއްގެ މީހުން ދިރިއުޅެމުން ގެންދެއެވެ. އެހެން ނަމަވެސް އެފްރިކާގެ އެހެން ޤައުމުތަކާ ޚިލާފަށް ގާނާގައި މާބޮޑު އެތްނިކް ކޮންފްލިކްޓެއް ފެންނާކަށެއް ނެތެވެ.
ގާނާގެ ކްރިސްޓިއަނުންނަކީ ޤައުމުގެ އާބާދީގެ 68.8% އެވެ. މުސްލިމުންނަކީ ޤައުމުގެ 15.9% އެވެ. ދެން ތިބީ ޓްރެޑީޝަނަލް އެފްރިކަން ބިލީފް ޤަބޫލުކުރާ 8.5% މީހުންނެވެ.

ގާނާގެ ސަގާފަތަކީ ޢަރަބި، ޔޫރަޕިއަން އަދި އެފްރިކާގެ ސަގާފަތްތަކުގެ މައްޗަށް ބިނާވެފައިވާ ސަގާފަތެކެވެ.

ގާނާއަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1518 ޑޮލަރެވެ.




#Article 258: ރުމޭނިއާ (367 words)


ރުމޭނިޔާއަކީ މެދުތެރޭ އަދި އިރު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.   

ރުމޭނިޔާގެ ރަސްމީ ބަހަކީ ރުމޭނިޔާ ބަހެވެ.  
އިނގިރޭސި ބަހުން ރުމޭނިޔާ މީހުންނަށް ކިޔަނީ ރޮމޭނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުކަރެސްޓެވެ. ސޫރިޔާގެ ވެރިރަށަކީ ވެސް ބުކަރެސްޓެވެ. 
ރުމޭނިޔާއަކީ ޔުނިޓަރީ ސެމި ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 54 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ro. އެވެ. ކޯލިން ކޯޑަކީ +40 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރުމޭނިޔަން ލިއުއެވެ.

ރުމޭނިޔާގެ ނަން ނެގިފައިވަނީ ރޮމޭނިޔަނުން މި ބަހުންނެވެ. އެހެން ކަމުން ރުމޭނިޔާގެ މާނައަކީ ރޮމޭނިޔަނުންގެ ބިމެވެ. 
ރޯމާ ނުވަތަ ޖިޕްސީން ނުވަތަ ރެދިން ރުމޭނިޔާގައި އުޅުނަސް، ރުމޭނިޔާގެ ނަން ނިސްބަތް ކުރެވިފައިވަނީ އެމީހުންނަކަށް ނޫނެވެ.
ޖުޣުރާފީ
ރުމޭނިޔާގެ ހުޅަނގުގައި އޮތީ ހަންގޭރީ އާއި ސާބިޔާއެވެ. އިރު އުތުރުގައި އޮތީ ޔުކްރެއިނާއި ރިޕަބްލިކް އޮފް މޮލްޑޯވާއެވެ. ދެކުނުގައި އޮތީ ބަލްގޭރިޔާއެވެ.

ޔޫރަޕުން މިހާތަނަށް އިންސާނުންގެ އެންމެ ދުވަސްވީ އަސަރެއް ފެނިފައިވަނީ ރުމޭނިޔާއިންނެވެ. އެއީ “ކޭވް ވިއްތް ބޯން” ނަމަކަށް ކިޔާ ތަނަކުންނެވެ. 
މިއީ މީގެ 42000 އަހަރު ކުރީގެ ނިޝާނެއް ކަމަށާއި މިއީ ފުރިހަމަ އިންސާނުން ނުވަތަ “ހޯމޯ ސެޕިއެންސް” ގެ ތެރެއިން އެންމެ ފުރަތަމަ ޔޫރަޕުގެ ބައްރަށް ވަން މީހުންގެ އަސަރު ކަމަށް ވެސް ތާރީޚީ ކަންތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
އެހެން ނަމަވެސް ތާރީޚީ ލިޔުމެއްގައި އެންމެ ފުރަތަމަ މި ސަރަޙައްދުގެ މީހުންނާ މެދު ލިޔެވިފައިވަނީ ޢީސާއީ މީލާދުގެ 440 އަހަރު ކުރީންނެވެ. އެއީ ގީތީ ދަރިކޮޅުގެ މީހުން ކަމުގައި ވެސް އެ ލިޔުމުގައިވެއެވެ. 
މި ސަރަޙައްދަކީ މަޢުދަންތަކުން މުއްސަނދިވެފައި އޮތް ސަރަޙައްދަކަށް ވުމުން ރޫމީން މި ސަރަޙައްދު ހިފިއެވެ. އަދި އެތައް ޒަމާނެއް ވަންދެން ރޫމީންގެ ވެރިކަން އޮތުމާއި އެމީހުންގެ ތެރެއިން ބައެއް މީހުން އެތަނުގައި ވަޒަންވެރިވުމުގެ ސަބަބުން ރޮމޭނިޔަނުންގެ ކާބަފައިން މި މީހުންގެ ދަރިކޮޅުތަކުން އުފަންވިއެވެ.
ރޫމީން މި ސަރަޙައްދުން ފޭބުމުން ދެން މި ސަރަޙައްދަށް ވެރިވެގަތީ ގޮތުންނާއި ހަނުންނެވެ. އޭގެ ފަހުން އައީ ނޯމޭޑުންނެވެ. 
މެދު ޒަމާނަށް އައި އިރުގައި ރުމޭނިޔާގައި މީހުން ދިރިއުޅެމުން އައީ ތިން ޕްރިންސިޕަލިޓީއެއްގައެވެ. 
އެއީ ރޮމޭނިއަންލޭންޑް (ވަލާކިޔާ) އާއި މޮލްޑާވިޔާ އާއި ޓްރާންސިލްވޭނިޔާގައެވެ.
މިއަދުގެ ރުމޭނިޔާގެ ޑިމޮކްރެޓިކް ތާރީޚު ފެށިފައިވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ. 

ރުމޭނިޔާގެ އާބާދީގެ 89.5% މީހުންނަކީ ރޮމޭނިޔަނުންނެވެ. ހަންގޭޭރީންނަކީ 6.6% އެވެ. ރޯމާއިން ނުވަތަ ރެދިން ނުވަތަ ޖިޕްސީންނަކީ 2.46% މީހުންނެވެ. މި މީހުންނަށް ރެދިންނޭ ކިޔަނީ މިއީ އިންޑިޔާގެ ރާޖަސްތާނަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވިފައިވާތީއެވެ.
ރޯމާ ރެދިންގެ ބަސް އެންމެ ގާތީ ސިންގަޅަ ބަހާ ކަމުގައި ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ދިވެހި ބަހުގެ އުސްތާޒެއް ކަމުގައިވާ ގ. ކަލާވެހި އިބްރާހީމް ވަޙީދު (އޮގަރު އިބްރާހީމް ވަޙީދު) ވިދާޅުވި ގޮތުގައި ބަޔަކު ދިރާސާކޮށްފި ކަމުގައިވާ ނަމަ ޖިޕްސީންގެ ބަހާއި ދިވެހިބަހާ ދެމެދު އޮތް ގުޅުން ސިންގަޅަ ބަހާއި ޖިޕްސީންގެ ބަހަށް ވުރެ ގާތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އަދި މިކަމަށް ހެކިލިބޭ ހާދިސާއެއް ސީދާ އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ވެސް ވަޙީދު ވިދާޅުވެއެވެ.
އެހެން ކަމުން މިފަދަ ދިރާސާއެއް ކުރުމަކީ ދިވެހިންނާއި މި މީހުންނާ އޮތް ގުޅުން ހޯދުމަށް ކުރެވިދާނެ މަސައްކަތެކެވެ. އަދި ހަމަ އެހެންމެ ދިވެހިންގެ އަޞްލާމެދު އިތުރު އަލިކަމެއް ލިބިގެން ހިނގައިދާނޭ ކަމެއް ވެސް މެއެވެ.

ރުމޭނިޔާގެ ސަގާފަތަކީ ޔޫރަޕާއި ދެކުނު އޭޝިޔާ އަދި މެދު އިރުމަތީގެ ސަގާފަތްތަކާ ގުޅުން އޮތް ސަގާފަތެކެވެ.




#Article 259: ޔަމަން (367 words)


ރިޕަބްލިކް އޮފް ޔަމަނަކީ ހުޅަނގު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. 

ޔަމަނުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން ޔަމަނުގެ މީހުންނަށް ކިޔަނީ ޔެމެނީސްއެވެ. ޔެމެނައިޓްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޞަންޢާއެވެ. ޔަމަނުގެ ވެރިރަށަކީ ވެސް ޞަންޢާއެވެ.
ޔަމަނަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 23 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 49 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ye. އެވެ. ކޯލިން ކޯޑަކީ +967 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔެމެނީ ރިޔާލެވެ.

ޔަމަނުގެ އުތުރުގައި އޮތީ ސަޢޫދީ ޢަރަބިއްޔާއެވެ. ހުޅަނގުގައި އޮތީ ރަތް ކަނޑެވެ. ދެކުނުގައި އޮތީ ޚަލީޖު ޢަދަނެވެ. އިރުމަތީގައި އޮތީ ޢައްމާނެވެ. ޔަމަނުގެ ސަރަޙައްދުގައިި 200 ރަށް އެކުލެވިގެންވެއެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށަކީ ސުއްކަތުރާއެވެ. މިރަށް އޮންނަނީ ޔަމަނުގެ ދެކުނުން 415 ކިލޯމީޓަރު ފޭގައެވެ. ސޯމާލިއާގެ އައްސޭރިއާ ދިމާލުގައެވެ.

ޢީސާއީ މީލާދުގެ 2200 އަހަރު ކުރި އާއި މީލާދުގެ 6 ވަނަ ޤަރުނާ ދެމެދުގައި ޔަމަނުގެ ބިން އޮތީ ސަބާއީންނާއި، އައުސާނީންނާއި، މަޢީނީންނާއި، ޤަތަބާނީންނާއި، ޙަޟްރަމައުތާއި، ޙިމްޔަރީންގެ ރަސްކަމަށް ބެހިފައެވެ.
މީލާދީން ތިންވަނަ ޤަރުނާއި ހަތްވަނަ ޤަރުނާ ދެމެދުގައި ސަބާއީންނާއި ޙިމްޔަރީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ ޔަމަން ދޫކޮށް އުތުރު އެފްރިކާއަށާއި ޢަރަބިއަން ޕެނިންސޫލާގެ އުތުރަށް ހިޖުރަކޮށްފައެވެ.
މީލާދީން ހަތްވަނަ ޤަރުނުން ފެށިގެން ޔަމަނު އޮތީ އިސްލާމީ ޚިލާފަތުގެ ބައެއްގެ ގޮތުގައެވެ. ޚުލަފާއުއްރާޝިދޫންގެ ޚިލާފަތު ނިމުމަށް ފަހުގައި ޔަމަނުގެ އުތުރު ބައިގައި ވެރިކަން ކުރަމުން އައިސްފައިވަނީ ޒައިދީ އިމާމުންނެވެ. 16 ވަނަ ޤަރުނާއި އަދި 19 ވަނަ ޤަރުނުގައި އުތުރު ޔަމަން އޮތީ އުސްމާނީ ދައުލަތުގެ ވެރިކަމުގެ ދަށުގައެވެ.
އުތުރު ޔަމަނުގެ އިމާމުން ވަނީ ދެކުނަށް ވެސް އެބޭފުޅުންގެ ވެރިކަމުގެ ބާރު ހިންގަވާފައެވެ. 
މީލާދީން 1839 ވަނަ އަހަރުގައި އިނގިރޭސީން ޢަދަން ހިފިއެވެ. އަދި އެ އަހަރުގެ ސެޕްޓެންބަރު މަހުގައި އެތަނުގައި އެމީހުންގެ ކޮލޮނީއެއް ޤާއިމުކުރިއެވެ. 
އުސްމާނީ ދައުލަތުގެ ކިބައިން 1918 ވަނަ އަހަރު މިނިވަންވެ 1962 ވަނަ އަހަރުގައި އުތުރު ޔަމަން ޖުމްހޫރިއްޔާއަކަށްވިއެވެ. 

މިއަދު ވެސް ޒައިދީ އިމާމުންނަކީ ދީނީ ހަމަތަކުގެ މަތީން ވެރިކަމުގެ އޮނިގަނޑު ބައްޓަން ކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. އެހެން ނަމަވެސް މިއަދު ފެންނަމުން ދަނީ އިސްލާމުންގެ އެންމެ މުޤައްދަސް ބިންތައް ނިސްބަތްވާ ސަޢޫދީ ޢަރަބިއްޔާއިން އުތުރު ޔަމަނުގެ ޒައިދީ އިމާމުންނަށް ޙަމަލާ ދެމުން ގެންދާތަނެވެ.
މީގެ ސަބަބުން އެބޭފުޅުން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ޣަރީބުވަމުންނެވެ.

ޔަމަނަކީ މުޅި ދުނިޔޭގައި ވެސް ވިހެއުމުގެ ރޭޓް އެންމެ ރަނގަޅު އެއް ޤައުމެވެ. ޔަމަނުގެ އަންހެނަކު އެވަރެޖު ގޮތެއްގައި ހަ ކުދީން ވިހައެވެ. 
ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ޚާއްޞަކޮށް އިންޑިޔާ އާއި މެލޭޝިޔާ އާއި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކުގައި ޔަމަނުގެ ދަރިކޮޅުތައް ވަރަށް ގިނައެވެ. 
މި ގޮތުން އިންޑިޔާގެ ގުޖަރާތުގެ ސޫރަތާއި ހައިދަރުއާބާދާއި މުންބާއީ (ބޮންބޭ) އާއި ކެރެލާގެ މަލައްޕޫރަމާއި ކަންނަންނޫރާއި ކާލީކޯޓު ހިސާބުގައި ޔަމަނުގެ ޚާއްޞަކޮށް ޙަޟްރަމައުތުގެ ނަސްލުން އައިސްފައިވާ މީހުން ވަރަށް ގިނައެވެ. 
ދިވެހިރާއްޖޭގައި ވެސް ޙަޟްރަމައުތާއި ސުއްކަތުރާ ދަރިކޮޅު އެބައޮތެވެ. ދިވެހިރާއްޖޭގެ ސީދީންނާއި ސިއްތީންނަކީ ޔަމަނުގެ ބަޢަލަވީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ. މިއީ ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދަރިކޮޅުގެ ބޭފުޅުންނެވެ.

ޔަމަނަކީ ވަރަށް ގިނަ ޙަޟާރަތްތަކެއްގެ އަސަރުން މުއްސަނދިކަން ލިބިފައިވާ ސަގާފަތެއް އޮތް ތަނެކެވެ. މީގެ ތެރެއިން ވެސް ސަބާގެ ޙަޟާރަތް ފާހަގަކުރެވެއެވެ. 

ޔަމަނަކީ ޤުދުރަތީ ވަސީީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2410 ޑޮލަރެވެ.




#Article 260: މުސިންބީ (334 words)


ރިޕަބްލިކް އޮފް މޮޒަންބީކް ނުވަތަ ދިވެހި ބަހުން ކިޔާ ގޮތުން ނަމަ މުސިންބީއަކީ ދެކުނު އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. 

މުސިންބީގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. މީގެ އިތުރުން ސަވާހިލީ ބަހާއި މަކުވާ ބަހާއި ސޭނާ ބަސް ވަރްނެކިއުލާ ލޭންގުއޭޖަސްތަކުގެ ގޮތުގައި ބޭނުން ކުރެވެއެވެ.
އިނގިރޭސި ބަހުން މުސިންބީ މީހުންނަށް ކިޔަނީ މޮޒަންބީކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަޕޫޓޯއެވެ. މުސިންބީގެ ވެރިރަށަކީ ވެސް މަޕޫޓޯއެވެ.
މުސިންބީއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 22 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 51 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.8 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mz. އެވެ. ކޯލިން ކޯޑަކީ +258 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮޒަންބީކަން މެޓިކަލްއެވެ.

މުސިންބީގެ ނަން ކަމުގައިވާ މޮޒަންބީކް ނުވަތަ މުސަންބީކް މި ނަން ނިސްބަތްވަނީ މި ސަރަޙައްދުގެ ކުރީގެ ވެރިއެއް ކަމުގައިވާ މޫސާ ބިން އެމްބިކީއަށެވެ.
ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ “މުސިންބީ” މި ނަން އެންމެ ފުރަތަމަ ލިޔުމެއްގައި ބޭނުން ކުރައްވާފައިވާ ކަމަށް ފެންނަނީ މަޝްހޫރު ދިވެހި ޝާޢިރު ބަނޑޭރި ޙަސަން މަނިކުފާނެވެ. އެއީ އެ މަނިކުފާނުގެ ދިޔޯގެ ރައިވަރުގައެވެ.

މުސިންބީގެ އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގު އުތުރުގައި އޮތީ މަލާވީ އާއި ޒެންބިއާއެވެ. ހުޅަނގުގައި އޮތީ ޒިންބާބުވޭއެވެ. ހުޅަނގު ދެކުނުގައި އޮތީ ސްވާޒިލޭންޑާއި ދެކުނު އެފްރިކާއެވެ.

މީލާދީން ފުރަތަމަ ޤަރުނާއި ފަސްވަނަ ޤަރުނާ ދެމެދު ހުޅަނގު އެފްރިކާއިން ހިޖުރަކުރަމުން ދިޔަ ބަންޓުވީން ވަނީ މުސިންބީއާ ހަމަޔަށް ވެސް އައިސްފައެވެ. އެމީހުން ވަނީ އެ ހިސާބުގައި ދަނޑުވެރިކަން ކުރަން ފަށާފައެވެ.
އިރުމަތީ އެފްރިކާއަށް ޕޯޗުގީޒުން އައިސްފައިވަނީ 1498 ގައެވެ. 
ވަސްކޮޑަގާމާގެ ޤިޔާދަތުގެ ދަށުގައި ޕޯޗުގީޒުން 1498 ގައި ކޭފުކޮޅު (ކޭޕް އޮފް ގުޑް ހޯޕް) ވަށާލާފައި އިންޑިޔާ ކަނޑަށް ވަނުން ވެގެން ދިޔައީ ޕޯޗުގީޒުންގެ ކޮލޮނީތައް އިންޑިޔާ ކަނޑުގެ އެެތަން މިތާގައި ޤާއިމުވެގެން ދިއުމުގެ ސަބަބަކަށެވެ.
މީލާދީން 1505 ގައި ޕޯޗުގީޒުންގެ ކޮލޮނީއަކަށް މުސިންބީވިއެވެ. 
ފަހުން މުސިންބީ ވެގެން ދިޔައީ އަޅުންގެ ވިޔަފާރީގައި ވަރަށް ބޮޑަށް ޝާމިލުވެފައި އޮތް ސަރަޙައްދަކަށެވެ. އެފްރިކާގެ ޤަބީލާތަކުގެ ވެރިންނާއި ޢަރަބި ވިޔަފާރިވެރިންނާއި ޕޯޗުގީޒުން ދިޔައީ ޒުވާން ކުދިން ގެނެސް އަޅުންގެ ގޮތުގައި ވިއްކަމުންނެވެ.

މުސިންބީއަށް ޕޯޗުގީޒުންގެ ކިބައިން ފުރިހަމަ މިނިވަންކަމެއް ލިބުނީ 25 ޖޫން 1975 ގައެވެ.

މުސިންބީގެ އާބާދީއަށް ބަލާއިރު ކްރިސްޓިއަން ދީނަށް ތަބާވަނީ 41.3% އެވެ. މުސްލިމުންނަކީ 17.8% އެވެ. އެހެން ދީންތަކަށް ތަބާވަނީ 16.8% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ނިސްބަތަކީ 21.1% އެވެ.
މުސިންބީގެ ރަސްމީ ބަސް ކަމުގައިވާ ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ޤައުމުގެ އާބާދީގެ 40% މީހުންނެވެ. މީގެ ތެރެއިން 33.5% މީހުން ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ ދެވަނަ ބަހެއްގެ ގޮތުގައެވެ. މިއީ ބަންޓޫ މީހުންނެވެ. އަމިއްލަ މާދަރީ ބަހެއްގެ ގޮތުގައި ޕޯޗުގީޒު ބަހުން ވާހަކަ ދައްކަނީ އެންމެ 6.5% މީހުންނެވެ. މި މީހުންނަކީ މުސިންބީގެ ދޮން މީހުންނެވެ.
މުސިންބީގެ އަންހެނަކު އެވަރެޖުކޮށް 5 ކުދީން ވިހައެވެ.

މިއަދު މުޅި ދުނިޔޭގައި ވެސް އެފްރިކާގެ ޤަދީމީ ސަގާފަތުގެ އަސަރު އެންމެ ބޮޑަށް ފެންނަ އެއް ޤައުމަކީ މުސިންބީ ކަމުގައި ބުނެވެއެވެ. 




#Article 261: މަޑަގަސްކަރަ (308 words)


މަޑަގަސްކަރައަކީ އެފްރިކާއަށް ނިސްބަތްވާ ޤައުމެއްގެ ގޮތުގައި ބެލެވެމުން އަންނަ ޤައުމެކެވެ. އެފްރިކާ ބައްރުގެ މައި ބިމާ ގާތުގައި ވަކި ރަށެއްގެ ގޮތުގައި އޮންނަ މަޑަގަސްކަރައަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ބޮޑު ރަށެވެ. މަޑަގަސްކަރައަކީ ދުނިޔޭގެ ގަސްގަހާގެއްސާއި ޖަނަވާރުތަކުގެ 5% ގެ ގޮވަތި ކަމުގައެވެ. 

މަޑަގަސްކަރައިގެ ރަސްމީ ބަހަކީ މަލަގާސީ ބަހާއި، ފަރަންސޭސި ބަހާއި، އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން މަޑަގަސްކަރައިގެ މީހުންނަށް ކިޔަނީ މަލަގާސީސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަންތަނަނާރިވޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް އަންތަނަނާރިވޯއެވެ. 
މަޑަގަސްކަރައިގައި މިވަގުތު އޮތީ ކެއަރޓޭކަރ ސަރުކާރެކެވެ. 
ޤައުމުގެ އާބާދީއަކީ 19 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 57 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mg. އެވެ. ކޯލިން ކޯޑަކީ +261 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަލަގާސީ އަރިއާރީއެވެ.

މަޑަގަސްކަރައިގެ ނަމުގެ މާނައަކީ މަލަގާސީންގެ ޤައުމުކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެން ނަމަވެސް މި ނަޒަރިއްޔާއަކީ މުޅީން ޞައްޙަ ނަޒަރިއްޔާއެއް ކަމަށް ބައެއް ޢިލްމުވެރިން ޤަބޫލެއް ނުކުރައްވައެވެ. 
އެހެން ނަމަވެސް މަޑަގަސްކަރައިން ގަސްތުކުރެވޭ މާނައެއް އެބޭފުޅުންނަކަށް ވިދާޅުވެދެއްވިފައެއް ނުވެއެވެ.

މަޑަގަސްކަރައަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގެ 46 ވަނައަށް އެންމެ ބޮޑު ޤައުމެވެ. ވަކި ރަށްރަށަށް ބަލާއިރު ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު ރަށަކީ މަޑަގަސްކަރައެވެ.
އެހެން ޤައުމުތަކާ އަޅާކިޔުމުގެ ގޮތުން ބަލާއިރު މަޑަގަސްކަރަ ފަރަންސޭސިވިލާތަށް ވުރެ ކުޑަތަންކޮޅެއް ބޮޑެވެ.
މަޑަގަސްކަރަ އޮތީ އެފްރިކާގެ އިރުމަތީ އައްސޭރިއާ ދިމާލުން އިންޑިޔާ ކަނޑުގައެވެ.

އިރުމަތީ ގޮންޑަވާނާގެ ގޮތުގައި މަޑަގަސްކަރައިގެ ސަރަޙައްދު އެފްރިކާގެ މައި ބައްރާ ވަކިވި ކަމަށް ބެލެވިފައިވަނީ މީގެ 160 މިލިޔަން އަހަރު ކުރީންނެވެ. ރަށެއްގެ ގޮތުގައި މަޑަގަސްކަރަ އުފެދުނީ މީގެ 80 ނުވަތަ 100 މިލިޔަން އަހަރުކުރީން ހިންދުސްތާނުގެ ކުޑަބައްރުން މި ބިން ވަކިވުމާ ހަމައިންނެވެ.ތާރީޚީ ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި މަޑަގަސްކަރައިގައި މީހުން އާބާދުވެފައިވަނީ މީލާދީން 200 ވަނަ އަހަރާއި 500 ވަނަ އަހަރާ ދެމެދުގައެވެ.
އެއީ މިހާރުގެ އިންޑޮނޭޝިޔާ ސަރަޙައްދުން ކަނޑުމަގުން އައި ދަތުރުވެރީން އެ ރަށުގައި ވަޒަންވެރިވުމުންނެވެ. ބަންޓޫ ދަރިކޮޅުގެ މީހުން މަޑަގަސްކަރައަށް އައިސްފައިވަނީ މުސިންބީ ކަނޑު ހުރަސްކުރުމަށް ފަހުގައި ކަމަށް ބެލެވިފައިވެއެވެ.
މެދު ޒަމާނުގައި މަޑަގަސްކަރައިގެ ދެކުނުގައި ރަސްކަމެއް ޤާއިމުކުރެއްވި އެންތެއިމޯރޯ ޤަބޫލުކުރައްވާ ގޮތުގައި އެބޭފުޅުންނަކީ ސޯމާލިޔާއިން އައި ބައެއްގެ ދަރިކޮޅެވެ.
މަޑަގަސްކަރައިގެ ތާރީޚު ފެށިފައިވަނީ މީލާދީން 7 ވަނަ ޤަރުނުގައި ވިޔަފާރިވެރިންގެ ގޮތުގައި މުސްލިމުން މަޑަގަސްކަރައަށް އައި ހިސާބުން ފެށިގެންނެވެ.

މަޑަގަސްކަރައިގެ މީހުންނަކީ ނަސްލުގެ ގޮތުން ބަލާއިރު ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ އިތުރުން އެފްރިކާ އާއި މެދުއިރުމައްޗާއި ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ބައެކެވެ. މި ދެންނެވި ތަންތަނުގެ މީހުން އައިސް ވަޒަންވެރިވުމުގެ ސަބަބުން ނަސްލުތައް ވަނީ މަސްހުނިވެފައެވެ.

މަޑަގަސްކަރައިގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުކޮށްފައިވާ އެކައްޗަކީ ޢަރަބި ބަހެވެ. މި ގޮތުން ބަލާއިރު މޫސުމްތަކަށާއި މަސްމަހަށާއި ދުވަސްތަކަށް މަލަގާސީ ބަހުން ކިޔާ ނަންތަކަކީ ޢަރަބި ބަހުން އައިސްފައިވާ ނަންތަކެވެ.




#Article 262: ސޫރިޔާ (355 words)


ސީރިޔަން އެރެބް ރިޕަބްލިކް ނުވަތަ ސޫރިޔާއަކީ އަކީ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.   

ސޫރިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. ޢަރަބި ބަހުގެ އިތުރުން އާރާމީ ބަހާއި، އަރްމީނީ ބަހާއި، ކުރްދީ ބަހާއި، ތުރުކީ ބަސް ވެސް ސޫރިޔާގައި މުހިއްމު ބަސްބަހުގެ ގޮތުގައި ބޭނުން ކުރެވެމުންދެއެވެ. 
އިނގިރޭސި ބަހުން ސޫރިޔާ މީހުންނަށް ކިޔަނީ ސީރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދިމިޝްޤެވެ. ސޫރިޔާގެ ވެރިރަށަކީ ވެސް ދިމިޝްޤެވެ. 
ސޫރިޔާއަކީ ރިޔާސީ އަދި އެއް ޕާޓީގެ ވެރިކަން ހިނގާ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 53 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sy. އެވެ. ކޯލިން ކޯޑަކީ +963 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސީރިޔަން ޕައުންޑްސްއެވެ.

ސޫރިޔާގެ ނަން ނިސްބަތްވަނީ އާޝޫރީންނަށެވެ. އާޝޫރިޔާގެ މާނައަކީ އާޝޫރީންގެ ބިމެވެ.

ސޫރިޔާގެ ހުޅަނގުގައި އޮތީ ލުބުނާނާއި މެދުތެރޭ ކަނޑެވެ. އުތުރުގައި އޮތީ ތުރުކީއެވެ. އިރުމަތީގައި އޮތީ ޢިރާޤެވެ. ދެކުނުގައި އޮތީ އުރުދުންއެވެ. ހުޅަނގު ދެކުނުގައި އޮތީ އިސްރާއީލެވެ.

ސޫރިޔާއަކީ ދުނިޔޭގެ އެންމެ ޤަދީމީ ޙަޟާރަތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ސޫރިޔާގެ ރަށެއް ކަމުގައިވާ އަބްލާއިން ވަނީ ކުރީގެ ވަރުގަދަ ސާމީ ރަށްވެހިކަމެއްގެ އަސަރު ފެނިފައެވެ. ރަތް ކަނޑުން ފެށިގެން އުތުރުން ތުރުކީއާ ހަމަޔަށް، އިރުމަތިން ޢިރާޤާ ހަމަޔަށް އޮތް ސަރަޙައްދުގައި ޤާއިމުވެފައި އޮތް މި ރަށްވެހިކަމަކީ އާމޫރީންގެ ރަށްވެހިކަމެއްގެ ގޮތުގައި ބެލެވިފައިވެއެވެ.
އަބްލާގެ ރަށްވެހިކަމަކީ ޢީސާއީ މީލާދުގެ 3000 އަހަރު ކުރިން ޤާއިމުވި ރަށްވެހިކަމެއް ކަމަށް ތާރީޚީ ހޯދުންތަކުން ދައްކައެވެ.
އަބްލާގެ ރަށްވެހިކަމުގައި ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ގުޅިފައި ތިބީ ސޫމާރީންނާއި އައްކާދީންނާއެވެ.
އަދި މިޞްރުގެ ފިރުޢައުނުން ފޮނުވާފައިވާ ހަދިޔާތައް އަބްލާއިން ފެނިފައިވުމުން މިޞްރާއި އަބްލާއާ ދެމެދު ގުޅުން އޮތްކަން ކަށަވަރުވެގެންދެއެވެ.
އަބްލާވީ ބަހަކީ އައްކާދީ ބަހާއި ވަރަށް ބޮޑަށް ގުޅުން ހުރި ބަހެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.
ޢީސާއީ މީލާދުގެ ކުރީގެ ދެވަނަ ސާސްކަފުގައި ސޫރިޔާއަށް ވަނީ ކަންޢާނީންނާއި ފީނީޤީންނާއި އާރާމީންގެ ވެރިކަން ހިންގާފައެވެ. 
މިޞްރީންނާއި ސޫމާރީންނާއި އާޝޫރީންނާއި ބާބިލީންނާއި ހިއްތީންނާ އެކި ދުވަސްވަރު ސޫރިޔާއާ ވަނީ ގުޅުން އުފެދިފައެވެ.
ޢީސާއީ މީލާދުގެ 64 އަހަރުކުރީން ޕޮންޕޭ ދަ ގްރޭޓް ވަނީ އަންޠާކިއްޔާ ހިފާފައެވެ. މި ހިސާބުން ސޫރިޔާއަކީ ރޫމާނީންގެ ޕްރޮވިންސަކަށް ބަދަލުވިއެވެ.
ރޫމާނީ އެމްޕަޔަރގެ ދުވަސްވަރުގައި ރޫމާއި އިސްކަންދަރިއްޔާއަށް ފަހުގައި ދެން އޮތް އެންމެ ބޮޑު ޝަހަރަކީ އިންޠާކިއްޔާއެވެ. 
ސޫރިޔާ ނުވަތަ ޝާމްކަރައަކީ ރޫމާނީ އެމްޕަޔަރ ގެ ޕްރޮވިންސްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޕްރޮވިންސެވެ.

ސޫރިޔާގެ އާބާދީގައި އެންމެ ގިނައީ ސުންނީ މުސްލިމުންނެވެ. ދެން ޢަލަވީން (ނުޞައިރީން) ނާއި ޝީޢީންނާއި ކްރިސްޓިޔަނުުންގެ އިތުރުން ދުރޫޒީން ވެސް ކޮންމެ ވެސް ވަރަކަށް ސޫރިޔާގައި އުޅެއެވެ. 1960 ގެ އަހަރުތަކުން ފެށިގެން ޤައުމުގެ ވެރިކަމުގެ ބާރު އޮތީ ނުޞައިރީންގެ އަތުގައެވެ. މިހާރުގެ ރައީސް ޑރ. ބައްޝާރުލްއަސަދު ވެސް ހިމެނޭ ގޮތުންނެވެ.
އެއްތްނިކް ގޮތުން ބަލާއިރު ސޫރިޔާގެ އާބާދީގެ 80% މީހުންނަކީ ޢަރަބިންނެވެ. ސޫރިޔާގެ އާބާދީގެ އަނެއް 20% އެކުލެވިގެންވަނީ ކުރުދީންނާއި އަރްމީނީންނާއި އާޝޫރީންނާއި ތުރްކުމަނުންނާއި ސިރްކާސީންގެ މައްޗަށެވެ.

ސޫރިޔާގެ ސަގާފަތަށް ކަންޢާނީންނާއި ފީނީޤީންނާއި އާރާމީންނާާއި މިޞްރީންނާއި ސޫމާރީންނާއި އާޝޫރީންނާއި ބާބިލީންނާއި ހިއްތީނީންގެ އަސަރުކޮށްފައިވާނޭ ކަމަށް ޤަބޫލުކުރެވެއެވެ.

ސޫރިޔާގެ އިޤްތިޞާދަކީ މާވަރުގަދަ އިޤްތިޞާދެއް ނޫން ނަމަވެސް އެއީ މާ ބަލި އިޤްތިޞާދެއް ވެސް ނޫނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4756 ޑޮލަރެވެ.




#Article 263: ކެމަރޫން (344 words)


ރިޕަބްލިކް އޮފް ކެމަރޫން އަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.   

ކެމަރޫންގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހާއި، އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ކެމަރޫންގެ މީހުންނަށް ކިޔަނީ ކެމަރޫނިއަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޑުއާލާއެވެ. ޤައުމުގެ ވެރިރަށަކީ ޔައުންޑޭއެވެ. 
ކެމަރޫނަކީ ޖުމްހޫރިއްޔާއެކެވެ. 
ޤައުމުގެ އާބާދީއަކީ 19 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 58 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cm. އެވެ. ކޯލިން ކޯޑަކީ +273 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސެންޓްރަލް އެފްރިކަން ސީ.އެފް.އޭ ފްރޭންކްއެވެ.

ކެމަރޫންގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގައި ހުންނަ މައުންޓް ކެމަރޫން ފަރުބަދައަށެވެ. މި ނަން އައިސްފައިވަނީ ޕޯޗުގީޒު ބަހުން ޕްރޯންސްއަށް ކިޔާ ނަމުންނެވެ.

ކެމަރޫންގެ ހުޅަނގުން އޮތީ ނައިޖީރިއާއެވެ. އިރުއުތުރުގައި އޮތީ ޗާޑެވެ. އިރުމަތީގައި އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ދެކުނުގައި އޮތީ އީކުއޭޓޯރިއަލް ގީނީ، ގެބޯން، އަދި ރިޕަބްލިކް އޮފް ދަ ކޮންގޯއެވެ.
ކެމަރޫނަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގެ 53 ވަނައަށް އެންމެ ބޮޑު ޤައުމެވެ. ޕަޕުއާ ނިއު ގިނީއާ ގާތްގަނޑަކަށް އެއްވަރު ކެމަރޫން، އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓަށްވުރެ ތަންކޮޅެއް ބޮޑެވެ.
އެފްރިކާ ބައްރުން ފެންނަ ހުރިހައި މޫސުމަކާއި ބިމުގެ ތަފާތެއް ކެމަރޫނުން ފެނެއެވެ. އެހެން ކަމުން ކެމަރޫނަށް “އެފްރިކާ މިނިއޭޗަރ” އޭ ވެސް ކިޔައެވެ.

މިއަދު ކެމަރޫންގެ ގޮތުގައި އޮތް ސަރަޙައްދުގައި އެންމެ ފުރަތަމައަށް މީހުން އާބާދުވެފައިވަނީ ނިއޮލިތިކް ޕީރިއަޑްގައެވެ. މި ސަރަޙައްދުގައި ވަޒަންވެރިވި މީހުންގެ ތެރެއިން މިއަދާ ހަމަޔަށް އެންމެ ގިނަ ދުވަހު ވަޒަންވެރީންގެ ގޮތުގައި ތިބީ ބަކާ ނަސްލުގެ މީހުންނެވެ.
ޕޯޗުގީޒުން ކެމަރޫންގެ އައްސޭރިއާ ހަމަޔަށް އައިސްފައިވަނީ މީލާދީން 1472 ވަނަ އަހަރުހާ ތާގައެވެ. ވޫރީ ކޯރުން ޕޯޗުގީޒުންނަށް ޕްރޯންސްގެ ޚަޒާނާއެއް ފެނުނެވެ. މިކަމާ ގުޅިގެން ޕޯޗުގީޒު މީހުން އެ ކޯރަށް “ޕްރޯންސްގެ ކޯރު”ގެ ނަމުން ނަން ދިނެވެ.
މީލާދީން 15 ވަނަ ޤަރުނަކީ ވިލާތު މީހުން އައްސޭރިތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދެމުން ދިޔަ ދުވަސްވަރެކެވެ.
މި ދުވަސްވަރު ނަޞާރާ ދީނުގެ މުބައްޝިރުން (މިޝަނަރީން) އެ ދީން ފެތުރުމުގެ މަސައްކަތުގައި އެފްރިކާ އާއި އަދި އެހެނިހެން ބައްރުތަކުގެ ވެސް އައްސޭރި ފަށަށް ޒިޔާރަތް ކުރަމުން ދިޔައެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނުން ބަލިވުމުން ކެމަރޫން ވެގެން ދިޔައީ ލީގު އޮފް ނޭޝަންސް މެންޑޭޓް ޓެރިޓަރީއަކަށެވެ.
އަދި 1919 ވަނަ އަހަރުގައި ފަރަންސޭސި ކެމަރޫން އާއި އިނގިރޭސި ކެމަރޫންގެ ގޮތުގައި ބައިކުރެވުނެވެ. ފަރަންސޭސީން ދިޔައީ އެމީހުންގެ ދަށުގައި އޮތް ބައި ތަރައްޤީ ކުރުމުގައި މަސައްކަތް ކުރަމުންނެވެ. އިނގިރޭސީންގެ ދަށުގައި އޮތް ބައި ހިންގަމުން ދިޔައީ އަވަށްޓެރި ނައިޖީރިޔާގެ ދަށުންނެވެ. ކެމަރޫނަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 1 ޖަނަވަރީ 1960 ގައެެވެ. އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 1 އޮކްޓޯބަރު 1961 ގައެވެ.

ކެމަރޫންގެ އާބާދީގެ 40% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 40% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ. 20% މީހުންނަކީ މުސްލިމުންނެވެ.

ކެމަރޫންގެ ސަގާފަތުގެ ތެރޭގައި ކެމަރޫންގެ އަދިވާސީންގެ ސަގާފަތާއި ކްރިސްޓިޔަނުންނާއި މުސްލިމުންގެ ސަގާފަތުގެ އަސަރު އެކުލެވިފައިވެއެވެ. ކެމަރޫނަކީ ކުޅިވަރުގައި ވަރަށް ފާހަގަކުރެވޭ ޤައުމެކެވެ. 
މި ގޮތުން އެންމެ ފާހަގަކުރެވެނީ ފުޓްބޯޅައެވެ. ކެމަރޫންގެ ފުޓުބޯޅަ ޓީމަކީ މުޅި އެފްރިކާ ބައްރުން ވެސް ހޮވާލެވޭ ފަދަ މަޝްހޫރު ޓީމެކެވެ.




#Article 264: އައިވަރީ ކޯސްޓު (570 words)


ރިޕަބްލިކް އޮފް ކޮޓް ޑިވަރ ނުވަތަ އައިވަރީ ކޯސްޓަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ޢާއްމު ގޮތެއްގައި މި ޤައުމަށް އައިވަރީ ކޯސްޓޭ ކީ ކަމުގައި ވިޔަސް އައިވޯރީ ސަރުކާރުން މި ނަމާމެދު އެހާ ހިތެއް ހަމައެއް ނުޖެހެއެވެ. 

އައިވަރީ ކޯސްޓުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. 
އިނގިރޭސި ބަހުން އައިވަރީ ކޯސްޓުގެ މީހުންނަށް ކިޔަނީ އައިވޯރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޔަމޫސޫކްރޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ޔަމޫސޫކްރޯއެވެ. 
އައިވަރީ ކޯސްޓަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 55 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ci. އެވެ. ކޯލިން ކޯޑަކީ +225 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ސީ.އެފް.އޭ ފްރޭންކެވެ.

El Estado Libre del Congo o Estado Independiente del Congo fue un dominio colonial africano, propiedad privada del rey Leopoldo II de Bélgica, establecido en la Conferencia de Berlín, en 1885, cuyas fronteras coincidían con la actual República Democrática del Congo. El Congo fue administrado privadamente por el rey Leopoldo hasta su fallecimiento en 1908, año en que el territorio fue cedido a Bélgica.

Durante este período, El Congo fue objeto de una explotación sistemática e indiscriminada de sus recursos naturales, especialmente el marfil y el caucho, para lo que se utilizó mano de obra indígena en condiciones de esclavitud. Para mantener su control sobre la población nativa, la administración colonial instauró un régimen de terror, en el que fueron frecuentes los asesinatos en masa y las mutilaciones, que produjo un elevadísimo número de víctimas, aunque es imposible realizar cálculos exactos, la mayoría de los autores mencionan cifras de entre cinco y diez millones de muertos.

A partir de 1900, la prensa europea y estadounidense comenzó a informar acerca de las dramáticas condiciones en que vivía la población nativa del territorio. Las maniobras diplomáticas y la presión de la opinión pública consiguieron que el rey belga renunciase a su dominio personal sobre el Congo, que pasó a convertirse en una colonia de Bélgica, bajo el nombre de Congo Belga

އައިވަރީ ކޯސްޓަށް އައިވަރީ ކޯސްޓުގެ ނަން ދެވިފައިވަނީ އެ އައްސޭރިއަކީ އެތްދަތުގެ ވިޔަފާރި އެންމެ ގަދައަށް ކޮށްފައިވާ ސަރަޙައްދު ކަމުގައިވާތީއެވެ.

އައިވަރީ ކޯސްޓުގެ ހުޅަނގުގައި އޮތީ ލައިބީރިއާ އާއި ގީނިއާއެވެ. އުތުރުގައި އޮތީ މާލީ އާއި ބުރުކީނާ ފާސޯއެވެ. އިރުމަތީގައި އޮތީ ގާނާއެވެ. ދެކުނުގައި އޮތީ ޚަލީޖު ގީނިއާއެވެ.

އައިވަރީ ކޯސްޓުގެ ސަރަޙައްދުން ދުވަސްވެފައިވާ އިންސާނުންގެ ބާކީ ލިބެން ނުހުންނާތީ އިންސާނުންގެ ބާކީ ދިރާސާކޮށްގެން ތާރީޚީ ހޯދުންތައް ހޯދުންވަނީ ނާމުމްކިން ކަމަކަށް ވެފައެވެ. މީގެ ސަބަބެއް ކަމުގައިވަނީ އެ ޤައުމުގެ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން ގިނަ ދުވަސްވަންދެން އިންސާނުންގެ ކަށި ފަދަ ތަކެތި ނުހުންނާތީއެވެ.
އެހެން ކަމުން މިފަދަ ތަންތަނުގައިި ތާރީޚީ ދިރާސާތަކަށް ބޭނުންކުރަނީ ބޯދާ ޒަމާނުގައި މީހުން ބޭނުންކޮށްފައިވާ ތަފާތު ތަކެއްޗެވެ.
މި ގޮތުން ބަދިގޭގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ކެޔޮޅުކަމުގައި ބޭނުންކޮށްފައިވާ ތަކެތި ދިރާސާކޮށް ބަލާއިރުގައި އައިވަރީ ކޯސްޓުގައި ޢީސާއީ މީލާދުގެ 15000 އަހަރު ކުރީއްސުރެ މީހުން ދިރިއުޅެން ފަށާފައިވާކަމަށް ހެކިލިބެއެވެ.
އައިވަރީ ކޯސްޓާ އަވަށްޓެރި ޤައުމުތަކުގެ މީހުން އަޅުންގެ ވިޔަފާރީގައި ވިކެވުނު ގޮތަށް، ނުވަތަ އެ މިންވަރަށް އައިވަރީ ކޯސްޓުގެ މީހުން ވިކެވިފައިނުވާކަން ފާހަގަކުރެވެއެވެ.
މީގެ އެންމެ ބޮޑު ސަަބަބަކަށް ވެފައިވަނީ އަވަށްޓެރި ޤައުމުތަކުގެ ބަނދަރުތައް އައިވަރީ ކޯސްޓުގެ ބަނދަރަށް ވުރެ ރަނގަޅުވެފައި، ފަސޭހަވުމެވެ.
ހުޅަނގު އެފްރިކާގެ އައްސޭރިއަށް ފަރަންސޭސީން އެންމެ ފުރަތަމައަށް އައިސްފައިވަނީ 1483 ވަނަ އަހަރުގައެވެ.
ހުޅަނގު އެފްރިކާގައި އެންމެ ފުރަތަމައަށް ފަރަންސޭސި އާބާދީއެއް ޤާއިމުވީ 17 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އެއީ ސެނެގާލުގައި ޤާއިމްވި ސެއިންޓް ލުއީއެވެ.
އައިވަރީ ކޯސްޓުގައި ފަރަންސޭސީން އެމީހުންގެ ފައިތިލަތައް ވަރުގަދަކުރީ 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. 
އައިވަރީ ކޯސްޓަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 7 އޯގަސްޓް 1960 ގައެވެ. 

އައިވަރީ ކޯސްޓުގެ އާބާދީގެ 77% މީހުންނަކީ އައިވޯރިއަންސްއެވެ. އައިވަރީ ކޯސްޓުގެ ވަޒަންވެރިންގެ ތެރޭގައި ތަފާތު 65 ބަހަކުން މޮށިއުޅެއެވެ.
މި ގޮތުން އެންމެ ޢާއްމު އެއް ބަހަކީ ދިޔުލާ ބަހެވެ. މި ބަހަކީ ވިޔަފާރީގައި އެންމެ ބޮޑަށް ބޭނުންކުރެވޭ ބަހެވެ. އަދި ހަމަ އެފަދައިން އައިވަރީ ކޯސްޓުގެ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ބަހަކީ ވެސް ދިޔުލާ ބަހެވެ.
ފަރަންސޭސި ބަހަކީ އައިވަރީ ކޯސްޓުގެ ރަސްމީ ބަހެވެ. އެހެން ކަމުން ސްކޫލުތަކުގައި މި ބަސް ކިޔަވައިދެވެއެވެ. ފަރަންސޭސި ބަސް މިހާރުވެފައިވަނީ އައިވަރީ ކޯސްޓުގެ ލިންގުއާ ފްރާންކާއަށެވެ.

އައިވަރީ ކޯސްޓުގެ އާބާދީގައި ލިޔަން ކިޔަން ނުދަތުމުގެ މައްސަލަ ވަރަށް ބޮޑެވެ. 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދީންގެ ތެރެއިން ވަރަށް ގިނަ ކުދީންނަކީ ސްކޫލަށް ނުދާ ކުދީންނެވެ.




#Article 265: ފަލަސްޠީނުގެ ދައުލަތް (2065 words)


ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ. މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ބައި ކުރެވިފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ. ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ އިމާރަތު ޝަރްޤުލް އުރްދުން އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ އިމާރަތު ޝަރްޤުލް އުރުދުން )ޓްރާންސްޖޯރޑާން( ނުހިމެނޭ ގޮތަށް ފަލަސްޠީނުގެ ޤައުމީ ޤަރާރު ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން ގެ ގޮތުގައި އޮތް ސަރަޙައްދެވެ. އެހެން ނަމަވެސް ޢާއްމު ގޮތެއްގައި މިއަދު ފަލަސްޠީނުގެ ނަމުން އިޝާރާތް ކުރެވެނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްޠީނުގެ ޢަރަބިންގެ ވެރިކަން ހިނގާ ސަރަޙައްދަށް އެކަންޏެވެ. ފަލަސްޠީނުގެ ޝަހަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަހަރަކީ ޤުދުސްއެވެ. ޤުދުސް ނުވަތަ އޫރު ޝަލީމަކީ ފަލަސްޠީނުގެ ހިތެވެ.

ފަލަސްޠީނާއި ޤުދުސް އަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖުޣުރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ޙާދިޘާތަކުގެ ސަބަބުންނެވެ. ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ ގާތުގައި ފަލަސްޠީނަށް، އަދި ވަކިން ޚާއްޞަކޮށް ޤުދުސަށް ދެވިފައިވާ ޤަދަރުގެ ސަބަބުން ކޮންމެ ބަޔަކު ވެސް ދަނީ ޤުދުސުގެ ނުވަތަ ޔަހޫދީން ކިޔާ ގޮތަށް ނަމަ ޔަރޫޝަލަޔިމް (ޖެރޫސަލަމް) ގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ.

ޔަހޫދީ ދައުލަތް އުފެދިގެން ދިޔައިރު ޤުދުސް ދެބަޔަކަށް ބައިކުރެވުނެވެ. އެއީ ހުޅަނގު ޤުދުސަށާއި އިރުމަތީ ޤުދުސަށެވެ. ޔަހޫދީ އިސްރާއީލުގެ ވެރިރަށެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައި އޮތީ ހަމަ އެކަނި ހުޅަނގު ޤުދުސް ކަމުގައި ވިޔަސް، މިހާރު އިސްރާއީލުން ވަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމަށާއި ޤުދުސަކީ ބައިބައި ކުރެވޭނޭ ތަނެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ޤުދުސްގެ ހުޅަނގު ފަޅި އިސްރާއީލުގެ ބައެއްގެ ގޮތުގައި އޮތް ކަމުގައި ވިޔަސް އިރުމަތީ ޤުދުސް ލިބެން ޖެހޭނީ ޢަރަބިންނަށެވެ. އަދި މިނިވަން ޢަރަބި ފަލަސްޠީނުގެ ވެރިރަށަކަށް ވާންޖެހޭނީ ވެސް އިރުމަތީ ޤުދުސްއެވެ. ޤުދުސުގެ އޯލްޑް ސިޓީ ނުވަތަ ޤަދީމީ ޝަހަރު އޮތީ އިރުމަތީ ޤުދުސުގައެވެ. ޤަދީމީ ޝަހަރަކީ ސަމާވީ ދީންތަކުގެ މުޤައްދަސް ތަންތަން ހުރި ޝަހަރު ކަމަށް ވާތީ ޔަހޫދީން ވެސް އިރުމަތީ ޤުދުސް ދޫކޮށްލާކަށް އެއް ބަހެއް ނުވެއެވެ. ޔަހޫދީން ބުނާ ގޮތުގައި ފަލަސްޠީނާއި ޤުދުސަކީ އެމީހުންނަށް ﷲ ދެއްވާފައިވާ ބިމެކެވެ. އެ ތަނުގެ މިލްކުވެރިންނަކީ އެމީހުންނެވެ.

ތާރީޚީ ގޮތުން ބަލާއިރު ޔަހޫދީން ފަލަސްޠީނަށް ވަނީ ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އެ ކަރައިގައި ވަޒަންވެރިވިތާ 2850 އަހަރު ފަހުންނެވެ. އެހެނީ ފަލަސްޠީނުގައި ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އުޅެން ފެށީ ޢީސާ ޢަލައިހިއްސަލާމުގެ މީލާދުގެ 4000 އަހަރު ކުރިންނެވެ. އަލްޤުދުސުއްޝަރީފު ބިނާ ކުރީ ވެސް މި ދެންނެވި ދަރިކޮޅުގެ މީހުންނެވެ. ފީނީޤީންގެ ބަހުން ފަލަސްޠީނަށް ކަންޢާން މި ނަން ދީފައިވަނީ ވެސް މި ސަބަބަށް ޓަކައެވެ.

ފަލަސްޠީނު އާބާދުވި ފަހުން ވަޑައިގަތް ހުރިހާ ރަސޫލުންނާ ވެސް އެތަނާ ވަނީ ވަރަށް ބޮޑު ގުޅުމެއް އުފެދިފައެވެ. މި ގޮތުން ފަލަސްޠީނު ވެފައި ވަނީ ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ މީހުންގެ ގާތުގައި ވެސް ވަރަށް މުޤައްދަސް މަރުކަޒެއް ކަމުގައެވެ. ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި ތައުޙީދުގެ ދިދަ އުފުލިފައިވަނީ ޢީސާ ޢަލައިހިއްސަލާމުގެ 2500 އަހަރު ކުރިން ޔަބޫސީ ޚާންދާނުގެ ވެރިކަމުގައެވެ.

ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ﷲ، މޫސާ ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުންގެ ޤައުމުން އީމާންވީ މީހުންނަށް، މިޞްރުން ނުކުމެ ފަލަސްޠީނަށް ވަނުމަށް އަމުރު ކުރެއްވުމުން، އެ އަމުރުފުޅަށް ޔަހޫދީން ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކުރިމަތިވި މުޞީބާތުގައި 40 އަހަރު ވަންދެން ސަޙަރާ ތެރޭގައި މަގު އޮޅިފައިވުމަށް ފަހުގައެވެ. ޔަހޫދީން މާތް ވެގެންވާ ޤުދުސަށް ވަނީ ޢަރަބީން ފަލަސްޠީނާއި ޤުދުސް ބިނާ ކުރިތާ 3000 އަހަރު ފަހުންނެވެ. އެއީ އެ މީހުން ފަލަސްޠީނަށް ވަންތާ 150 އަހަރު ފަހުންނެވެ. މީލާދުގެ ކުރީގެ ސަނަތުން 720 ވަނަ އަހަރާއި 722 ވަނަ އަހަރާ ދެމެދު އާޝޫރީން، އިސްރާއީލީންނަށް ޙަމަލާދީ އެމީހުން ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުކޮށް ފަލަސްޠީނުގެ އުތުރުން އެ މީހުން ނެރެލިއެވެ. ބަނީ އިސްރާއީލު ޤަބީލާ ތަކަށް ގެއްލުނު ޤަބީލާ ތަކުގެ ނަން ކިޔާފައިވަނީ މި ދުވަސްވަރު ފަލަސްޠީނުގައި މަމްލަކަތު އިސްރާއީލް ނުވަތަ އިސްރާއީލީ ރަސްކަން ޤާއިމުކޮށްގެން އެމީހުން ތިބި ތަނުން ބޭރުކޮށްލެވުނު ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން ޢީސާއީ މީލާދުގެ 586 އަހަރު ކުރިން ބާބިލުގެ މީހުން ފަލަސްޠީނަށް ވަދެ ޤުދުސާއި ހައިކަލް ސުލައިމާން (ފަސްޓް ޓެމްޕަލް) ހަލާކުކޮށްލިއެވެ. މި ހިސާބުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންގެ ތެރެއިން މަރުނުވެ ބާކީ ތިބި މީހުން ފޮނުވާލެވުނީ ބާބިލަށެވެ.

މީލާދުގެ ކުރީގެ ސަނަތުން 538 ގައި ފާރިސީން ފަލަސްޠީނު ފަތަޙަ ކުރުމަށް ފަހު، ފާރިސީންގެ ޢަދްލުވެރި ރަސްގެފާނު ޝެހެންޝާހު ޚުސްރޫ ނުވަތަ ޢިބްރީ ބަހުން ކިޔާ ގޮތަށް ނަމަ ކޫރުޝް (ސައިރަސް ދަ ގްރޭޓް) ވަނީ ޔަހޫދީންނަށް ފަލަސްޠީނަށް އެނބުރި އައުމުގެ ހުއްދައާއި އަޅުކަން ކުރުމަށްޓަކައި ހައިކަލެއް ބިނާ ކުރުމުގެ ހުއްދަ ދެއްވާފައެވެ. ތާރީޚީ މުޙައްޤިޤުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ޛުލްޤަރްނައިނި ރަސްގެފާނަކީ މިދެންނެވި ޝެހެންޝާހު ޚުސްރޫއެވެ. ޝެހެންޝާހު ޚުސްރޫއަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތް ބޭފުޅެއް ކަމުގައިވާ ޝެހެންޝާހު ދާރާ ގުޝްތާސަޕް ނުވަތަ ދާރިޔޫޝް (ދާރިއަސް 1 ދަ ގްރޭޓް) ގެ ތާއީދު ލިބިގެން ޔަހޫދީން ހައިކަލެއް (ސެކަންޑް ޓެމްޕަލް) ބިނާ ކުރީ މީލާދުގެ ކުރީގެ ސަނަތުން 516 ވަނަ އަހަރުހާތާނގައެވެ.

މީލާދީން 70 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ރޫމީން، އޫރު ޝަލީމާއި އެތަނުގައި ޔަހޫދީން ބިނާކޮށްފައިވާ ހައިކަލް (ސެކަންޑް ޓެމްޕަލް) ހަލާކުކޮށްލިއެވެ. ރޫމީންގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްޠީނު މީލާދީން 330 ވަނަ އަހަރުން ފެށިގެން މީލާދީން 640 ވަނަ އަހަރާ ހަމައަށް އޮތީ، މީލާދީން 330 ވަނަ އަހަރު ޤާއިމްވި އަލްއިމްބަރާޠޫރިއްޔާ އައްރޫމާނިއްޔާ އައްޝަރްޤިއްޔާ ނުވަތަ ބީޒަންޓައިން އެމްޕަޔަރ (އީސްޓަރން ރޯމަން އެމްޕަޔަރ)ގެ ދަށުގައެވެ.

މުސްލިމުން ފަލަސްޠީނަށް ވަނީ ރޫމީންނާއި ފާރިސީންގެ އަޅުވެތިކަމުގެ ދަށުގައިވާ ޢަރަބި ބިންތައް މިނިވަންކުރި ދުވަސްވަރުގައެވެ. މުސްލިމުންގެ އެއިރުގެ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޚިލާފަތުގައެވެ. މުސްލިމުން ފަލަސްޠީނަށް ވަން ދުވަހަކީ މީލާދީން 12 މެއި 636 ވީ އާދީއްތަ ދުވަހެވެ. ހިޖްރީ ގޮތުން ބަލާއިރު އެ ދުވަހަކީ ހިޖްރައިން 15 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 1 ވަނަ ދުވަހެވެ. އަލްޤުދުސް މުސްލިމުންނާ ޙަވާލުކުރީ އެ ޝަހަރުގެ ބީޒަންޓައިން ގަވަރުނަރު އަދި އޮތޮޑޮކްސް ޕެޓްރިއާކް އޮފް ޖެރޫސަލަމް ގެ މަޤާމުގައި ހުރި ޕެޓްރިއާކް ސޫފްރޫނިޔޫސް އެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި ފަލަސްޠީނު އޮތް އިރު އެތަނުގައި ދިރިއުޅެމުން އައި އެހެން ދީން ތަކުގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް މުސްލިމުން އަރައިގެންފައެއް ނުވެއެވެ.

މުސްލިމުންގެ އަތްދަށުގައި 15 ޖުލައި 1099 ވަނަ އަހަރާ ހަމައަށް ފަލަސްޠީނު އޮތެވެ. ދެން އެތާނގައި ވެރިކަން ހިންގަން ފެށީ ޞަލީބީންނެވެ. ޞަލީބީންވަނީ ޤުދުސްގައި ތިބި މުސްލިމުންނާއި ޔަހޫދީންގެ އިތުރުން އޮތޮޑޮކްސް ނަޞާރާއިންނާ ދެކޮޅަށް ވެސް ޤަތުލުޢާއްމު ހިންގާފައެވެ. ގާތްގަނޑަކަށް 88 އަހަރު ވަންދެން އެމީހުންގެ އަތްދަށުގައި ފަލަސްޠީނު އޮތުމަށްފަހު އެތަން ފަތަޙަ ކުރީ މަޝްހޫރު ކުރުދީ އިސްލާމީ ފާތިޙު ޞަލާޙުއްދީނު އަލްއައްޔޫބީ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައާ ހަމަޔަށް ފަލަސްޠީނު އޮތީ ޢުޘްމާނީ ޚިލާފަތުގެ ދަށުގައެވެ.

ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެއްމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. ތާރީޚު އޮޅުވާލުމަށް ޓަކައި މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ ކީރިތި ރަސޫލާ އަވަހާރަވެ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުވެސް ނިމުނު ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެން ނަމަވެސް ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވަނީ ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅު ކުރައްވާފައިވަނީ އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށް ކަމުގައެވެ. ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއާ މާދުރު ނޫން ހިސާބެއްގައި ހުރި މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. މި މިސްކިތަށް މަސްޖިދު ޢުމަރުއޭ ވެސް ކިޔައެވެ. މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ.

ޤުދުސްގައި ފަތުރުވެރިންގެ ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި މީހުންނަށް ދައްކައި ހަދަނީ ވެސް މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. މިއީ ވެސް މަސްޖިދުލްއަޤްޞާ އާއި އެތަނުގެ ތާރީޚު އޮޅުވާލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އެއްބައެވެ. ޔަހޫދީން ބުނާ ގޮތުގައި މަސްޖިދުލްއަޤްޞާގެ ޙަރަމްގެ ހުޅަނގު ފާރު (ވެސްޓަރން ވޯލް) ނުވަތަ ޙާއިޠުލްބުރާޤު (ވެއިލިން ވޯލް) އަކީ ހައިކަލްގެ ބައެކެވެ. އެހެންކަމުން މި ފާރު ކައިރިއަށް އައިސް ހައިކަލް ހަލާކުކުރެވިފައިވާތީ އެކަމާ ރޮއި ހިތާމަކޮށް ހެދުމަކީ އެމީހުން އަޅުކަމެއްގެ ގޮތުގައި ބަލާ ކަމެކެވެ.

ފަލަސްޠީނާއި ޤުދުސަކީ ޔަހޫދީންނަށް ވަޢުދުކުރެއްވިފައިވާ ބިމެއް ކަމުގައި އެމީހުން ދެކޭތީ ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަކީ އަބަދުވެސް ޔަހޫދީން ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެތައް ޒަމާނެއް ވަންދެން އެމީހުންވަނީ ސަޙްޔޫނިއްޔަތު (ޒައިނިޒަމް) ގެ ނަމުގައި އެތައް ޙަރަކާތެއް ހިންގާފައެވެ. ޞަޙްޔޫނިއްޔަތަކީ ޔަހޫދީ ދީނާއި އެމީހުންގެ ސިޔާސީ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފަލްސަފާއެކެވެ. މި ފަލްސަފާއާ ގުޅިގެން ޔަހޫދީންގެ ޢަމަލުތައް ބަހައްޓަމުން އައި ގޮތުން ޔޫރަޕުގެ ޤައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންނާ ހެދި އުނދަގޫ ވެގެން ޔޫރަޕުގެ އެކި ޤައުމުތަކުން ޔަހޫދީން ބޭރުކުރަން ފެށިއެވެ. މި ދަނޑިވަޅުގައި އެމީހުން އަމިއްލަ ވަޠަނެއް ހޯދުމަށް ފެށި ޙަރަކާތުގެ ބާނީ އަކީ ހަންގޭރީގެ ރައްޔިތެއް ކަމުގައިވާ ތިޔޮޑޯރ ހަރޓްޒުލް އެވެ. ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ވިސްނަމުން ދިޔަ ޤައުމުތަކުގެ ވެރިންނަށް މި ޙަރަކާތަކީ ވަރަށް ކަމުދާ ޙަރަކާތަކަށްވިއެވެ. އަދި މިއީ ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި އެ ފަރާތްތަކުން ދެކުނެވެ.

ނަތީޖާއަކީ 1907 ގައި އިނގިރޭސީންގެ ރިޔާސަތުގެ ދަށުގައި ޔޫރަޕްގައި ކޮންފަރެންސެއް ބޭއްވުމެވެ. އެ ކޮންފަރެންސުން ނިންމީ ސަޙްޔޫނީން އަމިއްލަ ވަޠަނެއް ހޯދުމަށް ކުރަމުންދާ ޙަރަކާތަށް ތާއީދު ކުރުމުގެ ގޮތުންނާއި، ޔޫރަޕްގެ ތަހްޛީބަށް އޮތް އެއްމެ ބޮޑު ހުރަސްކަމުގައިވާ އިސްލާމީ ޢަރަބި ޤައުމުތަކުގެ ބިރުވެރިކަމުން ސަލާމަތް ވުމަށް ޓަކައި އެ ޤައުމުތައް އަބަދުވެސް ހާސްކަން މަތީގައި ބޭއްވުމަށް، ޢަރަބި ބައްރުގައި ޔަހޫދީންނަށް ދައުލަތެއް ޤާއިމުކޮށްދިނުމަށެވެ. މިކަމުގައި އިސް ނަގައިގެން ޙަރަކާތްތެރިވީ އިނގިރޭސީންނެވެ.

މިގޮތުން 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ސަޙްޔޫނީންނަށް ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފައްދައި ދިނުމަށް އިނގިރޭސިން ވަޢުދުވެ މަޝްހޫރު ބަލްފޯރ ޑެކްލަރޭޝަން އިޢުލާންކުރިއެވެ. މި ޑެކްލަރޭޝަނުގެ ނަން ނިސްބަތް ކުރެވިފައިވަނީ އެއިރު އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރަކަށް ހުންނެވި އާތަރ ޖޭމްސް ބަލްފޯރ އަށެވެ. އިނގިރޭސީން 1917 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޤުދުސް ހިފިއެވެ. ލީގު އޮފް ނޭޝަންސް އިން 1922 ވަނަ އަހަރު ބަލްފޯރ ޑެކްލަރޭޝަން ތަޞްދީޤުކޮށް ޔަހޫދީންނަށް މި ސަރަޙައްދުގައި އަމިއްލަ ދައުލަތެއް އުފައްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން މޭންޑޭޓު ފޯރ ޕަލެސްޓައިން އިދާރީ ގޮތުން ހިންގުމުގެ ފުރިހަމަ ބާރު އިނގިރޭސީންނަށް ދިނެވެ. އިނގިރޭސީންނަށް ފަލަސްޠީނު ހިންގުމުގެ އިދާރީ ބާރު ލިބުމުން ދުނިޔޭގެ އެތަން މިތަނުގައި ތިބި ޔަހޫދީން ފަލަސްޠީނަށް ގެނެސް އާބާދުކުރުވުމުގެ މަސައްކަތް އެމީހުން ފެށިއެވެ. އިނގިރޭސީން 1922 ވަނަ އަހަރު ފަލަސްޠީނުގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެތަނުގެ އާބާދީގެ %78 އަކީ ޢަރަބި މުސްލިމުންނެވެ. ޢަރަބި ކްރިސްޓިއަނުންގެ އާބާދީ އަކީ %9.6 އެވެ. ޔަހޫދީންގެ އާބާދީއަކީ %11އެވެ. މިޢަދަދު ވަނީ 1945 ވަނަ އަހަރާ ހަމައަށް އައި އިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ގޮތުން 1945 ވަނަ އަހަރު ފަލަސްޠީނުގައި ތިބި ޔަހޫދީންނަކީ އެތަނުގެ އާބާދީގެ %31 އެވެ.

ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމުގެ ދެ މަސް ދުވަސް ކުރިން ޕޮލެންޑަށް އުފަން ޑޭވިޑް ބެން ގޫރިއަން އާއި ޔަހޫދީ އިސް ލީޑަރުން، ނޭޝަނަލް މިލިޓަރީ އޮގަނައިޒޭޝަން އާއި ސްޓަރން ގޭންގު ފަދަ ޔަހޫދީ ޓެރަރިސްޓު ގުރޫޕުތައް އުފެދި 1930 ގެ އަހަރުތަކުގައި ފަލަސްޠީނީ ނަސްލު އެ ސަރަޙައްދުން ނެތިކޮށްލުމަށްޓަކައި ހިންގަމުން އައި ނަސްލު ސާފުކުރުމުގެ ކަންތައް އަވަސްކުރުމަށް ޓަކައި ޕްލޭނެއް އެކަށައަޅައި ނިންމުމުގެ ގޮތުން ސިއްރު ބައްދަލުވުމެއް ބޭއްވިއެވެ. މި ޕްލޭނަށް ދީފައިވާ ކޯޑު ނަމަކީ ޕްލޭން ދާލެތު (ޕްލޭން – ޑީ) އެވެ. ޕްލޭން - ޑީގެ ދަށުން ފަލަސްޠީނުގެ އަވަށްތަކަށާއި ޝަހަރުތަކަށް ބޮން އަޅައި، އެތަންތަނުގެ އަހުލުވެރިންގެ ގެދޮރު ލޫޓުވައި މުދާތައް ފޭރިގަތުމަށް ފަހު ފަލަސްޠީނުގެ އާބާދީ ނައްތާލުމުގެ ކަންތައް ޔަހޫދީން ވަރަށް ބާރަށް ކުރިއަށް ގެންދިއައެވެ. އިސްރާއީލުގެ އެއްމެ ފުރަތަމަ ބޮޑު ވަޒީރަކަށް ވެވަޑައިގަތް ޑޭވިޑް ބެން ގޫރިއަން 1937 ވަނަ އަހަރު ލިޔުއްވި ލިއުމެއްގައިވަނީ ޢަރަބީން ޖެހޭނީ ދާށެވެ. އެކަމަކު އެކަމަށް ޓަކައި ހަނގުރާމަ ފަދަ ރަނގަޅު ދަނޑިވަޅެއް ބޭނުންވެއެވެ. މި ފަދައިންނެވެ. ހަތިޔާރު އެޅި ޔަހޫދީ ޖަމާޢަތްތަކަށް ޑޭވިޑް ބެން ގޫރިއަން އަންގަވާފައިވަނީ ކޮންމެ ޙަމަލައެއް ވެސް ނިމިގެންދާންޖެހޭނީ ބިންތަކަށް ވެރިވެގަނެ، ޢިމާރާތްތައް ހަލާކުކޮށް، (ޢަރަބީން) ނެރެލުމަށްފަހުގައި، ކަމަށެވެ. އެހެން ކަމުން މީގެ ފަހުން ދައިރު ޔާސީން ގައި ޔަހޫދީން ހިންގި ޤަތުލުޢާއްމާއި ފަލަސްޠީނުގެ އެހެން ހިސާބުތަކުގައި ހިންގި މިފަދަ ޤަތުލުޢާއްމުތަކުގައި ފަލަސްޠީނުގެ ފިރިހެނުންގެ އިތުރުން އެތައް ހާސް ޢަރަބި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން މަރާލާފައިވުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. ތަލް އަބީބާއި ޙައިފާ އާއި ޤުދުސާއި އެހެން ސަރަޙައްދުތަކުގައި އަވަށްތަކާއި ޝަހަރުތައް ހިފައި ހަލާކުކޮށްލުމުގެ ސަބަބުން 800000 ފަލަސްޠީނީން ރެފިއުޖީންނަށްވިއެވެ. ފަލަސްޠީނުގެ މަޢުޞޫމު އެތައް ހާސް ރައްޔިތުން މަރާލެވުނެވެ. މިހިސާބުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޢާއްމުވެގެންވާ ގޮތުގައި ނަކްބާ (ދަ ކެޓަސްޓްރޯފް)ގެ ދުވަސްތައް ފެށިގެން ދިޔައެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ބަޠަލު އުރުދުން ވާދީއަށް އުފަން މޯޝޭ ދާޔާން ބުނެފައިވަނީ ޔަހޫދީ އަވަށްތައް ބިނާކުރެވިފައިވަނީ ޢަރަބި އަވަށްތައް ހުރި ތަންތާގައެވެ. ޢަރަބި އަވަށްތަކެއް މިހާރަކު ނެތެވެ. އެހެން ކަމުން ތިޔަބައިމީހުންނަށް މިހާރު އެ ޢަރަބި އަވަށްތަކުގެ ޢަރަބި ނަންތަކެއް ވެސް ނޭނގޭނެއެވެ. ކުރިން ޢަރަބި އާބާދީއެއް ނެތް އެއްވެސް ތަނެއްގައި، މި ޤައުމުގައި އެއްވެސް ތަނެއް ފަހުން ވެސް ބިނާ ކުރެވިފައެއް ނުވާނެއެވެ. މިފަދައިންނެވެ. ފަލަސްޠީނުގެ އަހުލުވެރިންނާއި ޔަހޫދީންނާ ދެމެދު 1947 ވަނަ އަހަރު ދާޚިލީ ހަނގުރާމައެއް ހިނގިއެވެ. މި މައްސަލަ އދ. މަޖިލީހަށް ހުށަހެޅުނު ހިނދު އެތަނުން ފާސްކުރީ އިނގިރޭސީން ނިންމާފައިވާ ފަދައިން ފަލަސްޠީނު ދެބައިކޮށް އެއްބައިގައި އިސްރާއީލު ގެ ނަމުގައި ދައުލަތެއް އުފައްދައި އަނެއްބައި ފަލަސްޠީނުގެ އަހުލުވެރި ޢަަރަބީންނަށް ދިނުމަށެވެ.

އިނގިރޭސީން 4 މެއި 1948 ގައި ޔަހޫދީންގެ އަތްމައްޗަށް ފަލަސްޠީނު ދޫކޮށްލިއެވެ. މިކަމުގެ އެންމެ ފަހު ނަތީޖާއަކީ 1948 ވަނަ އަހަރު މެއިމަހުގެ 14 ވަނަ ދުވަހު ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމެވެ. އިސްރާއީލު އުފެދިފައިވަނީ ފަލަސްޠީނުގެ ޤައުމީ ޤަރާރު ގައި ފަލަސްޠީނު ކަމަށް ބަޔާން ކުރެވިފައިވާ ބިމުގެ ހަތަރު ބައިކުޅަ ތިން ބައިގައެވެ. އަނެއް ބައިގައި އޮތީ ޣައްޒާ އާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް އެވެ. އެއިރު ޣައްޒާ އޮތީ މިޞްރުގެ ދަށުގައެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް އޮތީ އުރުދުންގެ ދަށުގައެވެ. ހަ ދުވަހުގެ ހަނގުރާމައިގައި 1967 ވަނަ އަހަރު އިސްރާއީލުން ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް ވެސް ހިފާފައެވެ. އިސްރާއީލުން ވަނީ 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް 18147 އަށް ވުރެ ގިނަ ފަލަސްޠީނީ ގެދޮރު ބިމާ ހަމަކޮށްފައެވެ. އިސްރާއީލުން ފަލަސްޠީނުގެ 650000 އަށް ވުރެ ގިނަ ރައްޔިތުން ހިފައި ހައްޔަރުކޮށްފައިވާ އިރު 2008 ވަނަ އަހަރާ ހަމައަށް އައި އިރު ވެސް ފަލަސްޠީނުގެ 20000 އަށް ވުރެ ގިނަ މީހުން އިސްރާއީލުގެ ޖަލުތަކުގައި ތިއްބެވެ.

އިސްރާއީލު އުފެދުނުތާ 60 އަހަރުވެގެން ދިޔައީއެވެ. އަދިވެސް އ.ދ. އިން ފަލަސްޠީނުގެ ޢަރަބިންނަށް ލިބޭނެކަމަށް ކަނޑައެޅި ބިމުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު އެމީހުންނަށް ލިބިފައެއް ނުވެއެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށް ދިނުމުގައި، އިސްރާއީލުގެ މިތުރު އެމެރިކާއިން ފަލަސްޠީނު މީހުންނަށް އެހީތެރިވާނެ ކަމަށް ބުނި ނަމަވެސް، އިސްރާއީލު އުފެދުނު ފަހުން 60 އަހަރު ވުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވާހަކަތަކުން ވެސް، އަނިޔާ ލިބިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެން ދިޔައީ އިތުރު ހިތްދަތި ކަމެކެވެ. އެމެރިކާގެ ރައީސް އިސްރާއީލުގެ ބަރުލަމާނު ކަނީސަތުއާ މުޚާޠަބް ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމަކީ ތައުރާތުގައިވާ ނުބުއްވަތެއް ފުރިހަމަވުން. އިބްރާހީމްގެފާނަށާއި މޫސާގެފާނަށާއި ދާއޫދުގެފާނަށް ކުރެވިފައިވާ ޤަދީމީ ވަޢުދެއް ފުއްދިގެން ދިއުން. އިޚްތިޔާރު ކުރެއްވިގެންވާ މީހުންނަށް އަމިއްލަ ވަޒަނެއް ލިބިގެން ދިއުން. މިއީ އެރެތޒް އިސްރާއީލު، ލޭންޑް އޮފް އިސްރާއީލް (އިސްރާއީލީންގެ ބިން). ކަމަށެވެ. އަދި އިސްރާއީލުން ހިންގާފައިވާ ޖަރީމާތައް ހަނދާން ނައްތާލުމުގެ ގޮތުން ޔަހޫދީން ކުރިޔަށް ގެންދާ މެމޮރިސައިޑް ގެ މަސައްކަތަށް ވެސް ރައީސް ބުޝް ތާއީދު ކުރެއްވި ކަމަށް އިސްރާއީލުގެ މުއައްރިޚު އިލާން ޕޭޕް ހާމަކުރައްވާފައިވެއެވެ. ހިފާފައިވާ ބިންތަކުގައި ޔަހޫދީންގެ އާބާދީތައް ޤާއިމު ކުރުމާއި ފަލަސްޠީނު މީހުންގެ ގެދޮރުން އެމީހުން ބޭރުކޮށްލުމުގެ ޙަރަކާތްތައް އިސްރާއީލުން އަދިވެސް ގެންދަނީ ކުރިއަށެވެ. އެހެން ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ބުނަނީ ޞުލްޙައިގެ މަޝްރޫޢު ކާމިޔާބުވެފައި ނުވަނީ ފަލަސްޠީނު މީހުންގެ ސަބަބުން ކަމަށެވެ.

އިސްރާއީލުން 1967 ވަނަ އަހަރު ހިފި ބިންތަކުން ފޭބުމަށް އ.ދ. އިން އެ ޤައުމަށް ގޮވާލާފައިވާ އިރު ވެސް އިސްރާއީލުން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އެހެން ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން މިވާހަކައެއް ނުދައްކައެވެ. އަނެއްކޮޅުން ފަލަސްޠީނު މީހުން ބުނަނީ ދެ ދައުލަތުގެ ޙައްލަކަށް ދެވޭނީ 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތައް އަނބުރާ ލިބިގެން ކަމަށެވެ. އެ ބިންތަކާ ނުލައި ފަލަސްޠީނު ނަމުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ. ޞުލްޙައިގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފަލަސްޠީނުގެ އިސް މަންދޫބު އަޙްމަދު ޤުރައިޢު އެމެރިކާގެ ޚާރިޖީ ވަޒީރާ ކޮންޑޮލީޒާ ރައިސްއާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތަކުން ފޭބުމަށް އިންކާރު ކުރާ ނަމަ ފަލަސްޠީނު މީހުންނަށް ދެން ޖެހޭނީ ދެ ދައުލަތުގެ ޙައްލަކަށް ދިއުމުގެ ބަދަލުގައި އެއް ދައުލަތުގެ ވިސްނުމަށް ދާން ކަމަށެވެ. މެއި 2008 ގައި ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުން މިކަމާމެދު ބޭއްވި ފޯރަމުގައި އިސްރާއީލަށް ގޮވާލާފައިވަނީ 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތަކުން ފޭބުމަށް އިންކާރު ކުރާ ނަމަ، ތާރީޚީ ގޮތުން ފަލަސްޠީނުގެ ބިން ކަމުގައިވާ ސަރަޙައްދުގައި ދެ ދައުލަތް އޮތުމުގެ ބަދަލުގައި އެއް ދައުލަތް ޤާއިމުކޮށް އެތަނަކީ ޢަރަބިންނާއި ޔަހޫދީންނަށް ހަމަހަމަ ކަމާއެކު އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށެވެ. އަދި ވަޒަނުން ބޭރުކޮށްލެވިފައިވާ ހުރިހާ ފަލަސްޠީނީންނަށް ވެސް ޤައުމަށް އެނބުރި އައުމުގެ ޙައްޤު ދިނުމަށެވެ.

މިކަމަށް އިސްރާއީލުން އިޖާބަދީފިނަމަ ޢަރަބިންނާއި ޔަހޫދީންގެ މެދުގައި ހިނގަމުން އަންނަ ޒަމާންވީ ތަޅާފޮޅުން ހުއްޓި، ޞުލްޙައިގެ މަގު އަލިވެގެންދާނެކަމަށް މެދުއިރުމަތީގެ މަސްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް ހަލުވި ކަމާއެކު އިތުރުވަމުންދާ ޢަރަބި އާބާދީއަކީ، ޔަހޫދީންނަށް ލިބިފައިވާ ހުރިހާ ޙައްޤެއް ލިބިގެން ފަލަސްޠީނުގެ ބިމުގައި އުޅުމުގެ ފުރުޞަތު ލިބިފައިވާ ބަޔަކަށް ހަދައިފި ނަމަ ޔަހޫދީންގެ އަތުން ޑިމޮކްރެޓިކް ފަލަސްޠީނު (އިސްރާއީލު) ގެ ވެރިކަން ގެއްލިގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން މިއީ ވެސް ޔަހޫދީން ވިސްނާނެ ކަމެކެވެ. މިއަދު ދުނިޔޭގައި ނަގާ ކިޔާ ޤައުމުތައް އޮތީ އިސްރާއީލާ އެއްކޮޅަށެވެ. އެހެން ކަމުން އިސްރާއީލު ނުރުހޭ ގޮތަކަށް މި މައްސަލަ ނިމިގެން ދިއުމަކީ މުސްތަޙީލު ކަމެކެވެ. މިވަގުތު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންނަށް އަދި ވެސް އޮތީ ނަކްބާގެ ދުވަސްތައް ގުނުމެވެ.

ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ.

ހިސްޓްރީ އޮފް މިޑްލްއީސްޓް
ޕެލެސްޓައިން އެންޑް އިޓްސް ހިސްޓްރީ
ތާރީޚް އިސްލާމް – (މައުލާނާ ޣުލާމް ރަސޫލު މެހެރުގެ)
ފްރޮންޓްލައިން މަޖައްލާގެ މެއި 2008 އަދި ޖޫން 2008 ގެ ޢަދަދު
އިނގިރޭސި، ޢަރަބި، ފާރިސީ އަދި ހިބްރޫ އޮންލައިން އެންސައިކްލޮޕީޑިއާ




#Article 266: ޒެމްބިއާ (375 words)


ޒެންބިޔާއަކީ އެފްރިކާގެ ދެކުނު ބިތުގައި އޮންނަ ބިންބަންދު ޤައުމެކެވެ.

ޒެންބިޔާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. މީގެ އިތުރުން ނިޔަންޖާ އާއި ބެންބާ އާއި ލުންޑާ އާއި ތޮންގާ އާއި ލޯޒީ އާއި ލުވާލޭ އާއި ކައޮންޑޭ ބަސް އެކި ފެންވަރުގައި ބޭނުން ކުރެވެމުންދެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޒެންބިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލުސާކާއެވެ. ޒެންބިޔާގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. 
ޤައުމުގެ އާބާދީއަކީ 13 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 70 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.75 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ zm. އެވެ. ކޯލިން ކޯޑަކީ +260 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޒެންބިޔަން ކްވާޗާއެވެ.

ޒެންބިޔާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޒެންބިޔާއެވެ. ޒެންބިޔާގެ ނަން ނިސްބަތް ވަނީ ޒެންބޭޒީ ބޭސިންއަށް ކަމަށް ބައެއް ލިޔުންތެރީން ލިޔުއްވާފައި ހުރެއެވެ.

ޒެންބިޔާގެ އުތުރުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. އިރުއުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. އިރުމަތީގައި އޮތީ މަލާވީއެވެ. ދެކުނުގައި އޮތީ މުސިންބީ އާއި ޒިންބާބުވޭ އާއި ބޮޓްސްވާނާ އާއި ނެމީބިޔާއެވެ. ހުޅަނގުގައި އޮތީ އެންގޯލާއެވެ.
ޒެންބިޔާއަކީ މުޅި ދުނިޔެއަށް ބަލާއިރު 39 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ޒެންބިޔާގެ ބޮޑުމިން އެމެރިކާގެ ޓެކްސަސްއާ އަޅާ ކިޔާ ކަމުގައިވާ ނަމަ ޓެކްސަސްއަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑެވެ. 

މިހާރުގެ ޒެންބިޔާ ސަރަޙައްދުގައި އެންމެ ފުރަތަމަ ދިރިއުޅެން ފަށާފައިވަނީ ޝިކާރަކުރާ މީހުންނެވެ. 
މީލާދީން 300 ވަނަ އަހަރާ ހަމަޔަށް މި ސަރަޙައްދުގައި ވަޒަންވެރިވެގެން ތިބީ މި ދެންނެވި ޝިކާރަވެރީންނެވެ. މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައި ބަންޓޫ ދަރިކޮޅުގެ މީހުން ވަނީ މި ސަރަޙައްދަށް ވަދެފައެވެ. 
މި މީހުންގެ ތެރެއިން ޒެންބިޔާ ސަރަޙައްދުގައި އެންމެ ފުރަތަމަ ވަޒަންވެރިވި ބަޔަކީ ތޮންގާއިންނެވެ. އެންކޯޔާ މީހުން ޒެންބިޔާއަށް އައިސްފައިވަނީ ވެސް ގާތްގަނޑަކަށް މި ދުވަސްވަރުއެވެ.
އެންމެ ފުރަތަމަ ފަހަރަށް ޔޫރަޕުގެ މީހުން މި ސަރަޙައްދަށް ވަދެފައިވަނީ 18 ވަނަ ޤަރުނުގެ ތެރޭގައެވެ. އޭގެ ފަހުން ގިނަ ބަޔަކު އައިސްފައިވަނީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ. 
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޑޭވިޑް ލިވިންގސްޓޯނެވެ. ޑޭވިޑް ލިވިންގސްޓޯނަކީ ތިން “ސީ” ގެ ބޭނުންކޮށްގެން އަޅުންގެ ވިޔަފާރި ހުއްޓުވުމުގެ ނަޒަރިއްޔާއެއް ގެންގުޅުއްވި ބޭފުޅެކެވެ. 
އޭނާގެ ތިން ސީ އަކީ؛ “ކްރިސްޓިއަނިޓީ، ކޮމާސް، ސިވިލައިޒޭޝަން” މި ތިން މައިގަނޑެވެ. ޑޭވިޑް ލިވިންގސްޓޯނަކީ މުޅި އެފްރިކާ ބައްރަށް ވެސް ކްރިސްޓިޔަން ދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި ގޮތުން ގަދަކަމުން ވެސް މީހުންގެ ދީން ބަދަލު ކުރުވާފައިވާ ކަން ފާހަގަކުރެވެެއެވެ.
ލިވިންގސްޓޯން ވަނީ ޒަންބޭޒީ ކޯރާ ގުޅިފައިވާ ވޯޓަރ ފޯލްއަކަށް ވިކްޓޯރިޔާ ފޯލްސްއޭ ކިޔާފައި ނަން ވެސް ދެއްވާފައެވެ. މިއީ ދުނިޔޭގެ އެހެން ތަންތަނުގައި ހުންނަ ތަކެއްޗަށް ވެސް ވިލާތުގެ މީހުން ދަޢުވާކޮށް އަމިއްލަ ކުރަމުން ދިޔަކަން ދައްކައިދޭ ސާބިތު ހެތްކެކެވެ.
ޒެންބިޔާއަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1964 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ޒެންބިޔާއަކީ ސަބް ސަހާރަން އެފްރިކާއަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އާބަންވެފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އެހެން ނަމަވެސް ވަޒީފާގައި ނޫޅޭ މީހުންނާއި ވަޒީފާ ނެތުން ވަނީ ޒެންބިޔާގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. ޒެންބިޔާއަށް ބަލާއިރުގައި އެ ޤައުމުގެ ރަށްފުށުގެ ސަރަޙައްދުތަކުގައި ދިރިއުޅެމުން ދަނީ ދަނޑުވެރިކަން ކުރާ މީހުންނެވެ. 

ރަސްމީ ސިފައެއްގައި ބަލާއިރު ޒެންބިޔާއަކީ ކްރިސްޓިޔަން ޤައުމެކެވެ. އެހެން ނަމަވެސް އެހެން ދީން ތަކަށް ތަބަޢަވާ މީހުން ވެސް މަދެއް ނޫނެވެ. ޒެންބިޔާގެ އާބާދީގެ 5% މީހުންނަކީ މުސްލިމުންނެވެ.




#Article 267: ކިއުބާ (240 words)


ކިޔުބާއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގައި ހިމެނެނީ ކިޔުބާ ދީބުގެ އިތުރުން އިސްލާ ދެ ލާ ހުވެންތޫދުގެ އިތުރުން އެހެނިހެން ބައެއް ރަށްރަށެވެ. 

ކިޔުބާގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކިޔުބަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހަވާނާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ވަންޕާޓީ ސޯޝަލިސްޓް ރިޕަބްލިކެކެވެ. ކޮމިއުނިސްޓް ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 75 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cu. އެވެ. ކޯލިން ކޯޑަކީ +53 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޔުބަން ޕެސޯއެވެ.

ކިޔުބާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކިޔުބާއެވެ. ކިޔުބާގެ ނަން ނެގިފައިވަނީ ޓައިނޯ ބަހުންނެވެ. އެހެން ނަމަވެސް މި ބަހުގެ މާނައާ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އަނެއްް ބަޔަކު ބުނާ ގޮތުގައި އެ ރަށަށް ނަން ދެވިފައިވަނީ ޕޯޗުގަލްގައި އޮންނަ ކިޔުބާ ނަމަކަށް ކިޔާ ރަށަށް ނިސްބަތްކޮށެވެ. 
ބައެއް މީހުން ބުނާ ގޮތުގައި ކިޔުބާގެ މާނައަކީ “ރަނގަޅު ނުވަތަ މަތިވެރި ރަށެވެ.”

ކިޔުބާގެ ފުރަތަމަ ވަޒަންވެރީންނަކީ އަރަވާކުންނާއި ޓައިނޯ އަދި ޗިބޮނީއިންނެވެ. ޓައިނޯއިންނަކީ ދަނޑުވެރިކަން ކޮށް އުޅުނު ބައެކެވެ. ޗިބޮނީންނަކީ ދަނޑުވެރިކަމާއި ޝިކާރަވެރިކަމާ ކޮށް އުޅުނު ބައެކެވެ.
ލޮއިގެ ވިޔަފާރިއަކީ ކިޔުބާގެ ތާރީޚުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއްޗެކެވެ. މީލާދީން 1492 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކްރިސްޓަފަރ ކޮލަންބަސް މިހާރުގެ ބަރަކޯއާ ކައިރިއަށް ފޭބިއެވެ. އަދި މިތަނަކީ ސްޕޭނުގެ ރަސްކަމުގެ ބާރު ހިނގާނޭ ތަނެއް ކަމުގައި ހަމަޖެހިގެން ދިޔައެވެ. މި ތަނުގެ ނަމަކަށް ކޮލަންބަސް ހަމަޖެއްސެވީ ހުވާނާއެވެ. އެއީ ސްޕެއިނުގެ ޕްރިންސް ހުވާންގެ ނަންފުޅަށް ނިސްބަތްކޮށެވެ. މިއާއެކު އިތުރު ޓައުންތައް ދިޔައީ ޤާއިމުވަމުންނެވެ. މީގެ ތެރޭގައި ކިޔުބާގެ ވެރިރަށް ކަމުގައިވާ ހަވާނާ ނުވަތަ އޭރުގެ ނަމުން ނަމަ ސެން ކްރިސްޓޯބަލް ދެ ލަ ހަބާނާ ހިމެނުނެވެ.

ކިޔުބާގެ އާބާދީގެ 65.05% މީހުންނަކީ ވިލާތުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. 10.08% މީހުންނަކީ އެފްރިކަން ނަސްލަށް ނިސްބަތްވާ މީހުންނެވެ. 

ކިޔުބާގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވާފައިވަނީ ސްޕޭނު މީހުންގެ ސަގާފަތުންނާއި އެފްރިކާގެ ޤައުމުތަކުގެ މީހުންގެ ސަގާފަތްތަކުންނެވެ. 




#Article 268: ޗިލީ (364 words)


ރިޕަބްލިކް އޮފް ޗިލީ އަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.    

ޗިލީގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ޗިލީގެ މީހުންނަށް ކިޔަނީ ޗިލިއަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެންޓިއާގޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ސެންޓިއާގޯއެވެ. 
ޗިލީއަކީ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެއް އޮންނަ ޤައުމެކެވެ. 
ޤައުމުގެ އާބާދީއަކީ 17 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 60 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.7 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cl. އެވެ. ކޯލިން ކޯޑަކީ +56 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

ޗިލީގެ ނަމުގެ އަޞްލާ މެދު ތަފާތު ނަޒަރިއްޔާތަކެއް ޢިލްމުވެރިން ގެންގުޅުއްވައެވެ. މި ގޮތުން ބެލެވޭ ގޮތުގައި، އެއީ ޕެރޫގެ އިންކާ އިން އެކޮންކާގުއާގެ ވާދީއަށް، ޗިލީއޭ ކިޔާފައި ނަންދިނީ އެ ވާދީގެ ވެރިޔާގެ ނަމަކަށް ތިލީއޭ ކިޔާތީ އެ ނަމަށް ނިސްބަތްކޮށް، މި ނަން ދީފައިވަނީއެވެ. 

ޗިލީގެ އުތުރުގައި އޮތީ ޕެރޫއެވެ. އިރު އުތުރުގައި އޮތީ ބޮލީވިއާއެވެ. އިރުމަތީގައި އޮތީ އާޖެންޓީނާއެވެ. ޗިލީއަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ބްރެޒިލްއާ ބޮދަރުގެ ގޮތުން ގުޅިފައި ނުވާ ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. އަނެއް ޤައުމަކީ އިކުއެޑޯއެވެ.
ޗިލީއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް މާ ދިގު ބައްޓަމަކަށް އޮންނަ ޤައުމަކަށް ވާތީ، އެ ޤައުމަކީ މޫސުމުގެ ގޮތުން ތަފާތު އެތައް ކަންތައްތަކެއް ތަޖުރިބާކުރެވޭ ޤައުމެކެވެ. 
ދުނިޔޭގެ އެންމެ ހަނަފަސް އެއް ޞަޙަރާ ކަމުގައިވާ އަޓަކާމާ އޮތީ ޗިލީގެ އުތުރުގައެވެ. ޗިލީގެ މެދުތެރޭގައި އޮންނަނީ މެޑިޓެރޭނިއަން މޫސުމެކެވެ. ދެކުނުގައި އޮންނަނީ ރެއިނީ ޓެންޕަރޭޗަރ ކްލައިމެޓެކެވެ.
އުތުރުގައި އޮންނަ ޞަޙަރާއަކީ ވަރަށް ބޮޑަށް މަޢުދަނުގެ މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. މިތަނުން އެންމެ މައިގަނޑުކޮށް ލިބެނީ ލޮޔެވެ.
ޗިލީގައި ދަނޑުވެރިކަން ކުރަނީ އަދި މީހުން ދިރިއުޅެނީ ޤައުމުގެ މެދުތެރޭގައެވެ. ދެކުނުގައި އޮތީ ޖަންގަލިތަކެވެ.

މިއަދުގެ ޗިލީގެ ގޮތުގައި އޮތް ސަރަޙައްދުގެ އައްސޭރި ފަށުގައި ދަނޑުވެރިކަމަށް ރަނގަޅު ބިންތަކުގެ ގާތުގައި މީގެ 10000 ވަރަކަށް އަހަރުކުރީން ވަޒަންވެރިވީ ނޭޓިވް އެމެރިކަނުންނެވެ.
އިންކާއިން ވަނީ އެމީހުންގެ ވެރިކަން ޗިލީގެ އުތުރާ ހިސާބަށް ވެސް ފުޅާކޮށްފައެވެ. 
ސްޕޭނުގެ މީހުން ޗިލީއަށް އަތްގަދަ ކުރަން ފެށީ 1540 ހާ ތާގައި ޕެދްރޯ ޑި ވަލްޑީވިއާގެ ޤިޔާދަތުގައެވެ. އެއީ 1541 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ސެންޓިއާގޯ ޝަހަރު ހޯއްދެވި ފްރެންސިސްކޯ ޕިޒާރޯގެ ލެފްޓިނެންޓެކެވެ.
މީގެ ފަހުން ޗިލީ ވެގެން ދިޔައީ ވައިސްރޯޔަލްޓީ އޮފް ޕެރޫގެ ބަޔަކަށެވެ. 
ޗިލީގެ ރަށްވެހިން ޔޫރަޕުގެ އިސްތިޢުމާރީންނާ ދެކޮޅަށް ހިންގަން ފެށި ޙަރަކާތްތަކުގެ ތެރޭގައި 1553 ގައި ވަލްޑީވިއާ މަރުވެގެންދިޔައެވެ. 
ހަމަ އެހެންމެ އެމީހުން ޤާއިމުކޮށްފައި ހުރި ކޮލޮނީތަކުގެ އާބާދީތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔައެވެ.
ފެބްރުއަރީ 12، 1818 ގައި ޗިލީން އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރިއެވެ. ޗިލީގެ މިނިވަންކަން ރިކޮގްނައިޒްކުރެވިފައިވަނީ އެޕްރީލް 25، 1844 ގައެވެ.

ޗިލީގެ އާބާދީގެ 52.7% އަކީ ދޮން މީހުން ކަމަށް ލެޓިން އެމެރިކަން ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމުގައިވާ ފްރެންސިސްކޯ ލިޒްކާނޯ ވިދާޅުވެއެވެ. އަދި 44% އަކީ މެސްޓިޒޯއިންނެވެ.
ޗިލީގެ އާބާދީގެ 70% މީހުން ބުނާ ގޮތުގައި އެމީހުންނަކީ ކްރިސްޓިޔަނުންނެވެ. ކޮންމެ ވެސް ވަރަކަށް މުސްލިމުން ތިބި ކަމުގައި ވިޔަސް ޗިލީގައި މުސްލިމުން ވަރަށް މަދެވެ.

ޗިލީގެ ސަގާފަތު ބިނާވެގެންވަނީ ސްޕެނިޝް ސަގާފަތުގެ މައްޗަށެވެ. ކުޅިވަރުގެ ގޮތުގައި ޗިލީގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓު ބޯޅައެވެ. 
ޗިލީއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. ޗިލީގެ ކާނާއަކީ ދެކުނު އެމެރިކާގައި އެންމެ މަޝްހޫރު އެއް ކެއުން ކަމަށް ބެލެވިފައިވެއެވެ.




#Article 269: ކަޒަކިސްތާން (354 words)


ކަޒަކިސްތާނަކީ ޔޫރޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގައި ނުވަވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ދުނިޔޭގެ ބިންބަންދު (ލޭންޑްލޮކް) ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޤައުމަކީ ވެސް ކަޒަކިސްތާނެވެ. 

ކަޒަކިސްތާނުގެ ރަސްމީ ބަހަކީ ކަޒަކް ބަހެވެ. ދެވަނަ ރަސްމީ ބަހަކީ ރޫސީ ބަހެވެ. އިނގިރޭސި ބަހުން ކަޒަކިސްތާނުގެ މީހުންނަށް ކިޔަނީ ކަޒަކްސްއެވެ. ނުވަތަ ކަޒަކްސްތާނީސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަލްމާތީއެވެ. ޤައުމުގެ ވެރިރަށަކީ އަސްތާނާއެވެ. އަސްތާނާާއަށް ކަޒަކިސްތާނުގެ ވެރިކަން ބަދަލުކޮށްފައިވަނީ 1997 ވަނަ އަހަރުގައެވެ. އޭގެ ކުރީން އެ ޤައުމުގެ ވެރިކަން ކުރަމުން އައީ ޤައުމުގެ އެންމެ ބޮޑު ޝަހަރު ކަމުގަިއވާ އަލްމާތީގައެވެ.
ނެދަލޭންޑްސްއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 16 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 62 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 2.7 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kz. އެވެ. ކޯލިން ކޯޑަކީ +76 އަދި +77 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކަޒަކް ތެންޖެވެ.

ކަޒަކްސްތާނުގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ އާބާދީގައި ހިމެނޭ އެންމެ ބޮޑު ނަސްލު ކަމުގައިވާ ކަޒަކް ނަސްލުގެ މީހުންނަށެވެ. ކަޒަކްސްތާނުގެ މާނައަކީ ކަޒަކް މީހުންގެ ބިމެވެ.

ކަޒަކިސްތާނުގެ ސަރަޙައްދު ހުޅަނގު ޔޫރަޕަށް ވުރެ ބޮޑެވެ. ގަޑީގެ ކަށި ހިނގާ ބުރުން ބަލާއިރު ކަޒަކިސްތާނާ ބޯޑަރުގެ ގޮތުން ގުޅެނީ ރަޝިޔާ އާއި ޗައިނާ އާއި ކިރްގިސްތާނާއި އުޒްބެކިސްތާނާއި ތުރުކްމެނިސްތާނެވެ. ހަމަ އެހެންމެ ކަޒަކިސްތާނު ވަނީ ބޯޑަރުގެ ގޮތުން ކަސްބީ (ކެސްޕިއަން) ކަނޑާ ވެސް ގުޅިފައެވެ. އެހެން ނަމަވެސް މިއީ ދުނިޔޭގެ މާކަނޑުތަކަށް ހުޅުވިފައިނުވާ ކަނޑަކަށްވާތީ، ކަޒަކިސްތާނަކީ ބިން ބަންދު ޤައުމެކެވެ. 

ގަލުގެ ޒަމާނުން ފެށިގެން ކަޒަކިސްތާނުގައި އިންސާނުން ދިރިއުޅެމުން އަންނަ ކަމަށް ތާރީޚު ހެކިދެއެވެ. ކަޒަކިސްތާނުގެ މޫސުމާއި އެތަނުގެ އާބުހަވާއަކީ ނަޢަމް ސޫފި ގެންގުޅޭ ރެދިން (ނޯމޭޑްސް) ވަރަށް ހިތް ހަމަ ޖެހިގެން އުޅޭނޭ ފަދަ ތަނެކެވެ. 
ކަޒަކިސްތާނުގެ ޤަދީމީ ޝަހަރުތަކުގެ ތެރޭގައި ހިމެނޭ ތަރާޒް ފަދަ ޝަހަރުތަކަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިދިން ފަށުވިމަގުގެ ރާސްތާގައި ހިމެނޭ މުހިއްމު ޝަހަރުތަކެވެ.
ސިޔާސީ ގޮތުން ކަޒަކިސްތާނަށް މުހިއްމު ބަދަލުތަކެއްް އަންނަން ފަށާފައިވަނީ އެ ޤައުމަށް މީލާދީން 13 ވަނަ ޤަރުނުގައި މޮންގޯލިޔަނުންގެ ވެރިކަމުގައެވެ. ކަޒަކިސްތާނުގެ އިދާރީ ޑިސްޓްރިކްޓްތައް ވެސް ހަމަޖެހިފައިވަނީ މޮންގޯލިޔަނުންގެ ވެރިކަމުގައެވެ.
މީލާދީން 15 ވަނަ ޤަރުނުގައި ކަޒަކް ނަސްލުގެ މީހުން، ވަކި ޕެހެޗާނެއްގެ ގޮތުގައި ބެލެވެން ފެށިއެވެ. ކަޒަކް ނަސްލު ވަކި ގޮތްޕެއްގެ ގޮތުގައި ވަކިވީ ތުރުކީ ޤަބީލާގެ ތެރެއިންނެވެ. އެހެންނަމަވެސް ކަޒަކް ނަސްލަކީ މުޅީން ވަކި ނަސްލެއް ކަމުގައި ބެލެވެން ފަށާފައިވަނީ މީލާދީން 16 ވަނަ ޤަރުނުގެ މެދުތެރޭގައި ވަކި ބަހެއްގެ ގޮތުގައި ކަޒަކް ބަސް ތަރައްޤީވުމުންނާއި، ވަކި ސަގާފަތަކާއި އިޤްތިޞާދެއް ޤާއިމުވުމުންނެވެ.

ކަޒަކިސްތާނުގެ އާބާދީގެ 67% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 18% މީހުންނަކީ ރޫސީ ނަސްލުގެ މީހުންނެވެ. 2.7% މީހުންނަކީ ޔުކްރޭނީންނެވެ. 2.6% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ އުއިޣޫރު ނަސްލުގެ މީހުންނެވެ. 1.4% މީހުންނަކީ ތަތާރުންނެވެ. 1.3% މީހުންނަކީ ޖަރުމަނު ނަސްލުގެ މީހުންނެވެ. 5.5% މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.

ކަޒަކިސްތާނުގެ އާބާދީގެ 65% މީހުންނަކީ މުސްލިމުންނެވެ. މި މީހުންގެ ތެރެއިން ގިނައީ ޙަނަފީ މަޒުހަބުގެ މީހުންނެވެ. 1% މީހުންނަކީ ޝާފިޢީ މަޒުހަބުގެ މީހުންނެވެ. އެއީ ޝީޝާން (ޗެޗްނިޔާ) ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. މުސްލިމުންގެ އިތުރުން ކްރިސްޓިޔަނުންނާއި ޔަހޫދީން ވެސް އުޅޭ މި ޤައުމުގައި ހަރޭ ކްރިޝްނާއިންނާއި ބުދިސްޓުން އުޅޭމެއެވެ.




#Article 270: ބުރުކީނާ ފާސޯ (545 words)


ބުރުކީނާ ފާސޯއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ. 

ބުރުކީނާ ފާސޯގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން ބުރުކީނާ ފާސޯގެ މީހުންނަށް ކިޔަނީ ބުރުކީނާބެއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮއުއަގަދައުގައުއެވެ. ޤައުމުގެ ވެރިރަށަކީ މިއެވެ. 
ބުރުކީނާ ފާސޯއަކީ ސެމީ ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 63 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.27 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bf. އެވެ. ކޯލިން ކޯޑަކީ +226 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

ބުރުކީނާ ފާސޯގައި ވާހަކަ ދައްކާ ބަހެއް ކަމުގައިވާ ބަންބަރަ ބަހުން، ބުރުކީނާ ފާސޯގެ މާނައަކީ އިޚްލާޞްތެރިންގެ ބިމެވެ.

ބުރުކީނާ ފާސޯގެ އުތުރުގައި އޮތީ މާލީއެވެ. އިރުމަތީގައި އޮތީ ނިޖަރެވެ. އިރުދެކުނުގައި އޮތީ ބެނީނެވެ. ދެކުނުގައި އޮތީ ޓޯގޯ އާއި ގާނާއެވެ. ހުޅަނގު ދެކުނުގައި އޮތީ އައިވަރީ ކޯސްޓެވެ. 
ބުރުކީނާ ފާސޯއަކީ ޤުދުރަތީ ގޮތުން ގިނަ ވަސީލަތްތަކެެއް ލިބިފައިވާ ޤައުމެކެވެ. މި ޤައުމުގެ ޤުދުރަތީ ވަސީލަތްތަކުގެ ތެރޭގައި މެންގަނީޒް އާއި ލައިމްސްޓޯން އާއި މާބްލް އާއި ފޮސްފޭޓް އާއި ޕިއުމައިސް އާއި ލޮނުގެ އިތުރުން ކޮންމެވެސް މިންވަރަކަށް ރަން ވެސް ހިމެނެއެވެ.

ބުރުކީނާ ފާސޯގައި މީހުން ދިރިއުޅެމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެ ކަމަށް އެ ޤައުމުގެ ތާރީޚު ހެކިދެއެވެ. ބުރުކީނާ ފާސޯއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 5 އޯގަސްޓު 1960 ގައެވެ.

ބުރުކީނާ ފާސޯގެ އާބާދީގެ 50% އަކީ މުސްލިމުންނެވެ. އަދި އަނެއް 50% އަކީ ކްރިސްޓިޔަނުންނެވެ.

ބުރުކީނާ ފާސޯގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެކައްޗަކީ އެމީހުންގެ މިއުޒިކެވެ. މި ގޮތުން ވެސް ބޮޑު ބެރު ޖެހުމެވެ. ބުރުކީނާ ފާސޯގެ ބޮޑު ބެރާއި ދިވެހިރާއްޖޭގެ ބޮޑު ބެރާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮތް ކަމަށް ފާހަގަކުރެވެއެވެ. 
މި ގޮތުން ބަލާއިރު، މިހާރު މިޖަހާ ހަމަތަކަށް، މި ގޮތަށް “ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބެރު ޖަހަން ފެށި ބަޔަކީ އަރިއަތޮޅު ފެރިދޫގައި ތިބި ބަބުރުންނެވެ.”
އަރިއަތޮޅު ފެރިދުއަށް ބަލާލާއިރު، އެ ރަށުގައި ބަބުރު ދަރިކޮޅެއް އޮތްކަން ސާބިތުވާން އެބައޮތެވެ. އަދި އެ ރަށު މީހުންނަކީ ބޮޑު ބެރު ޖެހުމުގައި އަދިވެސް އެފަދަ ދެވަނައެއް ނެތް ބައެކެވެ. ފެރިދޫގައި މިވަގުތު ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ، އެ މީހުން ބުނާ ގޮތުގައި “ސަންގޯރުކާފަ” ގެ ދަރިންގެ ދަރިންގެ ދަރިކޮޅުތަކުން އައިސްފައިވާ މީހުންނެވެ. އަދި އެންމެ ފުރަތަމަ ބެރު ޖެހި މީހަކީ ވެސް އެ މީހުން އެ ބުނާ “ސަންގޯރުކާފަ” އާއި އޭނާގެ އެކުވެރިން ކަމަށް ފެރިދޫގައި މިހާރު ހުރި ބޮޑުބެރުގެ އެންމެ ބޮޑު އެދުރުކަމުގައިވާ އއ. ފެރިދޫ ޖަވާހިރުވާދީ ޢަބްދުއްރައްޒާޤު (ރައްޒާގުބެ) ބުނެއެވެ.
ފެރިދޫ މީހުން “ސަންގޯރުކާފަ”އެއްގެ ވާހަކަ ދައްކާއިރު، ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ބުރްކިނާފާސޯގައި “ސަންގޯރާ” ނަމަކަށް ކިޔާ ރަށެއް އޮންނަ ކަމާއި، ދިވެހިރާއްޖޭގެ މީހުންނަށް “މޯލްޑިވިއަނުން”ނޭ ކިޔާ ގޮތަށް ސަންގޯރާގެ މީހުންނަށް ކިޔަނީ “ސަންގޯރާބޭ” ކަމެއް ފެރިދޫ މީހުން ނުދަނެއެވެ. އަދި ބުރްކިނާފާސޯގެ މީހުންނަށް ކިޔަނީ “ބުރްކިނާބޭ” ކަމެއް ވެސް ފެރިދޫ މީހުން ނުދަނެއެވެ.
ބުރުކީނާ ފާސޯގެ ސަންގޯރާއޭ ކިޔާ ރަށް އޮންނަނީ މާލީ އާއި އައިވަރީ ކޯސްޓްގެ ބޯޑަރާ ކައިރީގައެވެ. މާލީ އާއި އައިވަރީކޯސްޓާއި ބުރްކިނާ ފާސޯއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ތިން ޤައުމެވެ. މި ތިން ޤައުމުގައި ވެސް “ބަރަ” ނަމަކަށް ކިޔާ ވައްތަރެއްގެ ބެރެއް ގެންގުޅެއެވެ. އަދި މިއަށް “ބެންޑްރެ ބަރަ” އޭ ވެސް އެމީހުން ކިޔައެވެ.
މި ލިޔުމުގެ ތެރޭގައި ހިމަނާފައިވާ ފޮޓޯތަކުގެ ތެރެއިން ބެރު އެކަނި ދައްކައިދޭ ވަކި ދެ ފޮޓޯގައިވަނީ ބުރުކިނާފާސޯ އާއި މާލީ އާއި އައިވަރީކޯސްޓުގައި ބޭނުންކުރާ “ބަރަ” އެވެ.
މި ދެ ފޮޓޯ އަށް ބަލާލުމުން، އެ މީހުންގެ “ބަރަ” އާއި ދިވެހިރާއްޖޭގެ“ބެރު” އާއި ހުރި ގުޅުން ވަރަށް ބޮޑަށް ތަޞައްވަރު ވެގެން ދެއެވެ.
އެމީހުން ވެސް އެމީހުންގެ “ބަރަ” ހެދުމަށް ބަކަރިހަން ބޭނުން ކުރާ ފަދައިން އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ “ބެރު” ހެދުމުގައި ބަކަރިހަމުގެ ބޭނުން ކުރަމުއެވެ.
އަދި ބެރުގެ ކޮޅު ހިފެހެއްޓުމަށް ޓަކައިި ގަތާފައިވާ ގެތުން ގަނޑު ވެސް ވަރަށް ބޮޑަށް އެއްގޮތްމެއެވެ.
އަދި “ބަރަ” މިނަމާއި “ބެރު” މިނަމާ ދެމެދު ހުރި ތިމާގެ ކަމަކީ ވެސް ފާޅުކޮށް ފެންނަން ހުރި ކަމެކެވެ. އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި “ބެރު” މިހެން ކިޔުމުގެ ބަދަލުގައި “ބެރަ” މިހެން ވެސް ކިޔާކަމީ ޙަޤީޤަތެކެވެ. އެހެންކަމުން އެމީހުންގެ “ބަރަ” އާއި އަޅުގަނޑުމެންގެ “ބެރު” އާ ދެމެދު ހުރީ ހަމަ އެކަނި ފިއްޔެއް ނުވަތަ ދެފިލީގެ ތަފާތެކެވެ. މިފަދަ ތަފާތުތައް އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ މީހުން ވާހަކަ ދައްކާ ބަހުރުވައިން ވެސް ފެނެއެވެ. އަދި އެމީހުން އެކިޔާ “ބެންޑްރެ ބަރަ” އާއި އަޅުގަނޑުމެން ކިޔާ “ބޮޑު ބެރު” މިނަމާ ވެސް ގުޅުން އެބަހުށްޓެވެ.
އެހެންކަމުން ދިވެހިންގެ ސަގާފީ ބެރުގެ އަޞްލަކީ ހުޅަނގު އެފްރިކާގެ ރަށްރަށުގައި ޖަހާ “ބަރަ” ކަމާމެދަކު ޝައްކެއް ނެތެވެ. 
އަދި ދިވެހިރާއްޖެއަށް ބޮޑު ބެރު ތަޢާރަފްކުރި “ސަންގޯރުބެ” ނުވަތަ “ސަންގޯރުކާފަ” އަކީ ބުރްކިނާފާސޯގެ ސަންގޯރާ ކިޔާ ރަށުން އައި “ސަންގޯރުބެ” އެއް ކަމާ މެދަކު ޝައްކެއްނެތެވެ.

ބުރުކީނާ ފާސޯއަކީ މުޅި ދުނިޔޭގައި ވެސް އިޤްތިޞާދީ ގޮތުން އެންމެ ދަށުގައި އުޅޭ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. 




#Article 271: ކެންބޯޑިއާ (350 words)


ކިންގްޑަމް އޮފް ކެންބޯޑިޔާއަކީ އިރުދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. 

ކެންބޯޑިޔާގެ ރަސްމީ ބަހަކީ ޚިމެރު ބަހެވެ. އިނގިރޭސި ބަހުން ކެންބޯޑިޔާގެ މީހުންނަށް ކިޔަނީ ޚިމެރްސް ނުވަތަ ކެންބޯޑިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނޮންޕެންއެވެ. ކެންބޯޑިޔާގެ ވެރި ރަށަކީ ނޮންޕެން އެވެ. 
ކެންބޯޑިޔާއަކީ ދުސްތޫރީ ރަސްކަމެކެވެ. އަދި ޕާލަމެންޓަރީ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 66 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.18 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kh. އެވެ. ކޯލިން ކޯޑަކީ +855 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރިއެލްއެވެ.

ކެންބޯޑިޔާ، މި ނަމަކީ މި ޤައުމަށް ޢާއްމުކޮށް އިނގިރޭސި ބަހުން ކިޔާ ނަމެވެ. މި ނަން ނެގިފައިވަނީ ފަރަންސޭސި ބަހުން ކިޔާ ކެންބޯޖް މިނަމުންނެވެ. 
ކުރީގައި އިނގިރޭސީން ކެންބޯޑިޔާއަށް ކެންޕޫޗިޔާއޭ ވެސް ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ. އެއީ ކެންބޯޑިޔާގެ ރަސްމީ ބަސް ކަމުގައިވާ ޚިމެރު ބަހުން އެ ޤައުމަށް ކިޔާ ނަން ކަމުގައިވާ ކަންޕޫޗިޔާ މި ބަހުން ނެގިފައިވާ ބަހެކެވެ.
މި ނަން އައިސްފައިވަނީ ޚިމެރީންގެ ބޯދާ ރަސްކަމެއް ކަމުގައިވާ ކަންބޫޖާ (ކަންބޫޖާދޭޝަ) މި ނަމުން ނެގިފައިވާ ބަހެކެވެ. ކަންބޫޖާ ނުވަތަ ކަންބޯޖާ މި ނަމަކީ ކަންބޯޖާއިންނަށް ބޯދާ ސެންސިކިރުތު ބަހުން ކިޔާފައިވާ ނަމެކެވެ.
މިއީ އުތުރު އިންޑިޔާއަށް ނިސްބަތްވާ ޤަބީލާއެކެވެ. މި ޤަބީލާއަށް މި ނަން ކިޔާފައިވަނީ އެ މީހުންްގެ ބާނީ ކަމުގައިވާ ކަންބޫ ސްވަޔަމްބޫވާގެ ނަމަށް ނިސްބަތްކޮށެވެ.

ކެންބޯޑިޔާގެ ހުޅަނގާއި ހުޅަނގުއުތުރުގައި އޮތީ ތައިލޭންޑެވެ. އިރުއުތުރުގައި އޮތީ ލާއޯސްއެވެ. އިރުމައްޗާއި އިރުދެކުނުގައި އޮތީ ވިއެޓްނާމެވެ. ދެކުނުގައި އޮތީ ޚަލީޖު ތައިލޭންޑެވެ. 

ކެންބޯޑިޔާގައި މީހުން ދިރިއުޅެން ފެށި ތާރީޚެއް ހޯދުމަށް މިހާތަނަށް ލިބިފައިވާ ހެކިތަކަކީ ޤަބޫލުކުރެވެން ނެތް ހެކިތަކެެއް ކަމުގައި ޢިލްމުވެރިން އަދި ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ފެންނަން ހުރި ހެކިތަކަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ ކުރިން 6000 އަހަރު ކުރީއްސުރެ ފަށައިގެން ވެސް ކެންބޯޑިޔާގައި މީހުން ދިރިއުޅެމުންދާ ކަމަށް ޢިލްމީ ގޮތުން ސާބިތުވެއެވެ.
ކެންބޯޑިޔާގެ ރަތަނަކިރީގައި ކޮންނަނިކޮށް އާސާރީތަކެތި ދަނީ ފެންނަމުންނެވެ. ކެންބޯޑިޔާގެ މަސައްކަތްތެރީން ހަދާފައިވާ ބައެއް ތަންތަން މިހާރު ފެނިފައިވާ އިރު މީގެ ތެރެއިން ގިނަ ތަންތަނަކީ ޢީސާގެފާނުގެ މީލާދުގެ 2000 އަހަރު ކުރީން ހަދާފައިވާ ތަންތަން ކަމަށް ބެލިފައިވެއެވެ.
ޢީސާގެފާނުގެ މީލާދުގެ 3000 އަހަރު ކުރީން ހަނޑުލުގެ ދަނޑުވެރިކަން ކުރާ މީހުން އުތުރު ފަޅިން މި ސަރަޙައްދަށް އައި ކަމަށް ބެލެވިފައިވެއެވެ. މީލާދުގެ 500 އަހަރު ކުރީގެ ދަގަނޑުގެ މަސައްކަތްތެރިކަމާ ގުޅޭ ސާމާނު ވެސް މިއަދު ދަނީ ފެންނަމުންނެވެ.
މިއަދު ކެންބޯޑިޔާ އާއި އަވަށްޓެރި ޤައުމަކާ ދެމެދު އެންމެ ބޮޑު މައްސަލަތަކެއް އުފެދިފައިވަނީ ޕްރިއާވިހާރައިގެ މައްސަލައިގައެވެ. މި ތަނަކީ ޤަދީމީ ފައްޅިއެކެވެ. މިތަނަކީ ތައިލެންޑުގެ ތަނެއް ކަމަށް އެ ޤައުމުން ދަޢުވާކުރާ އިރު ކެންބޯޑިޔާއިން ދަޢުވާކުރަނީ މިއީ އެމީހުންގެ ތަނެއް ކަމުގައެވެ.

ކެންބޯޑިޔާގެ އާބާދީގެ 90% އަކީ ޚިމެރު ނަސްލަށް ނިސްބަތްވާ އަދި ޚިމެރު ބަހުން ވާހަކަ ދައްކާ މީހުންނެވެ. 
ކެންބޯޑިޔާގެ އާބާދީގެ 95% މީހުންގެ ދީނަކީ ތޭރަވަދާ ބުދިޒަމްއެވެ. 3% މީހުންނަކީ މުސްލިމުންނެވެ. 2% މީހުންނަކީ ކްރިސްޓިޔަނުންނެވެ.

ކެންބޯޑިޔާގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ އެ ޤައުމުގެ އާބާދީގެ 95% މީހުން އެ ދީނަކަށް ތަބަޢަވާ ތޭރަވަދާ ބުދިޒަމް އިންނެވެ. މީގެ އިތުރުން ފަރަންސޭސި އިސްތިޢުމާރުގެ ސަބަބުން ވެސް އެ ޤައުމުގެ ސަގާފަތަށް ނުފޫޒުތަކެއް ފޯރާފައިވާކަން ފާހަގަ ކުރެވެއެވެ.




#Article 272: ނީޖަރު (353 words)


ރިޕަބްލިކް އޮފް ނީޖަރަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ. 

ނީޖަރުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން ނީޖަރުގެ މީހުންނަށް ކިޔަނީ ނިޖޭރިއަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނިއާމޭއެވެ. ނީޖަރުގެ ވެރި ރަށަކީ ވެސް މިއީއެވެ. 
ނީޖަރަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 64 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.27 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ne. އެވެ. ކޯލިން ކޯޑަކީ +227 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

ނީޖަރުގެ ނަން ނިސްބަތްވަނީ ނީޖަރު ކޯރަށެވެ. 

ނީޖަރުގެ ދެކުނުގައި އޮތީ ނައިޖީރިޔާ އާއި ބެނީންއެވެ. ހުޅަނގުގައި އޮތީ ބުރުކީނާ ފާސޯ އާއި މާލީއެވެ. އުތުރުގައި އޮތީ ޖަޒާއިރާއި ލީބިޔާއެވެ. އިރުމަތީގައި އޮތީ ޗާޑެވެ.
ނީޖަރުގެ އޭރިޔާގައި 1.27 މިލިޔަން އަކަކިލޯމީޓަރު ހުންނަ އިރު އޭގެ ތެރެއިން 300 އަކަކިލޯމީޓަރަކީ ފެނެވެ. އެހެން ކަމުން އެމެރިކާގެ ޓެކްސަސްގެ ދެގުނަ ވަރު މުޅީން ނުވެއެވެ. 
ނީޖަރަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު 22 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. އެއީ ޗާޑަށް ފަހުގައެވެ. ނީޖަރަކީ ސައިޒުގެ ގޮތުގެ އެންގޯލާއާ އެއްވަރުގެ ޤައުމެވެ.

މިއަދު ނީޖަރުގެ ބޮޑުބައެއް އޮތީ ޞަޙަރާގެ ގޮތުގައެވެ. މީގެ އެތައް ހާސް އަހަރެއް ކުރީން ނީޖަރުގެ އުތުރަކީ ދަނޑުވެރިކަމަށް ރަނގަޅު ފެހިކަން ހުރި ބިމެއް ކަމަށް ކަމާބެހޭ ޢިލްމުވެރީން ވިދާޅުވެއެވެ.
ޢީސާގެފާނުގެ މީލާދުގެ 10000 އަހަރު ކުރީން ވެސް ނީޖަރުގައި މީހުން ދިރިއުޅުނު ކަމަށް ބެލެވެއެވެ.
މީލާދީން 1591 ވަނަ އަހަރު ވެއްޓުނު ސޮންގައި އެމްޕަޔަރ އިންވަނީ 1400 ގެ އަހަރުތަކުގެ ތެރޭގައި މިހާރުގެ ނީޖަރުގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ހިންގާފައެވެ. 
ނީޖަރާއި ހުޅަނގުގެ ޤައުމުތަކާ ގުޅުން ފެށިފައިވަނީ މީލާދީން 19 ވަނަ ޤަރުނުގެ ތެރޭގައެވެ. 

ފަރަންސޭސި ވިލާތުން މި ތަނުގެ އިދާރީ ކަންތައް ބަލަހައްޓާފައިވަނީ ސެނެގާލުގެ ޑާކާރުގައި ތިއްބަވާ ފަރަންސޭސި ގަވަރުނަރުން މެދުވެރިކޮށެވެ. 
ނީޖަރަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 3 އޯގަސްޓް 1960 ގައެވެ. އެހެން ކަމުން ފަރަންސޭސީންގެ ދަށުގައި ނީޖަރު މާކަ ގިނަ ދުވަހު ނެތެވެ. މީގެ އެއް ސަބަބަކީ ނީޖަރަކީ އައްސޭރި ފަށުގެ ޤައުމަކަށް ނުވާތީ، ފަރަންސޭސީންނަށް މިތަނާ ކުރީން ގުޅުން އުފެއްދިފައި ނެތުމެވެ. އަނެއް ކަމަކީ އިސްތިޢުމާރުގެ ދަށުގައި ހުރި ތަންތަން ދޫކޮށްލި ވަގުތާ ދެމެދު މާ ގިނަ މުއްދަތެއް ނުލިބުމެވެ.

ނީޖަރުގެ އާބާދީގެ 50% އަށް ވުރެ ގިނަ މީހުންނަކީ ހައުސަ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. 
ނީޖަރުގެ އެހެން މީހުންނަކީ ނޯމެޑިކް ސަގާފަތެއް ގެންގުޅޭ މީހުންނެވެ. ނީޖަރުގެ އާބާދީގެ 8% މީހުންނަކީ އަޅުވެތިވެފައިވާ މީހުންނެވެ. އެއީ ފަޤީރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެކެވެ.

ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމަކަށްވާތީ ފަރަންސޭސި ސަގާފަތުގެ އަސަރުު ވަރަށް ބޮޑަށް ނީޖަރުގެ ސަގާފަތަށް ކޮށްފައިވެއެވެ. 
ނީޖަރުގެ އާބާދީގެ 90% މީހުންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އާބާދީގެ 99% މީހުންނަކީ ސުންނީ މުސްލިމުންނެވެ. 1% މީހުންނަކީ ޝީޢީ މުސްލިމުންނެވެ.

ނީޖަރަކީ ތަރައްޤީ ވަމުން އަންނަ ޤައުމެކެވެ. ނީޖަރުގެ 80% ގައި އޮތީ ޞަޙަރާއެވެ. ޤައުމުގެ އަނެއް 20% އަށް ވެސް ހަނަފަސްކަމުގެ ބިރުވެރިކަން އަންނަނީ ކުރިމަތިވަމުންނެވެ. 
ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. މި ގޮތުން ރޯ މެޓީރިއަލެއްގެ ގޮތުގައި ބޭރު ކުރަމުންދާ ޔުރޭނިއަމް ފާހަގަކުރެވެއެވެ. 
މިހުރިހާ ކަމެއް މިހެން ހުރި އިރުވެސް އަދިވެސް ނީޖަރަކީ ދުނިޔޭގެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 




#Article 273: އިކުއެޑޯރު (413 words)


 
އިކުއެޑޯރަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އިކުއެޑޯރުގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން އިކުއެޑޯރުގެ މީހުންނަށް ކިޔަނީ އިކުއެޑޯރިއަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ގުއާޔަކިލްއެވެ. އިކުއެޑޯރުގެ ވެރި ރަށަކީ ކުއިތޯއެވެ. އިކުއެޑޯރަކީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 68 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.26 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ec. އެވެ. ކޯލިން ކޯޑަކީ +593 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫ.އެސް ޑޮލަރެވެ.

އިކުއެޑޯރުގެ ނަން ނެގިފައިވަނީ އިސްޕެނިޝް ބަހުން އީކުއޭޓަރަށް ކިޔާ ނަން ކަމުގައިވާ އިކުއެދޯރުންނެވެ.

އިކުއެޑޯރުގެ އުތުރުގައި އޮތީ ކޮލަންބިޔާއެވެ. އިރުމައްޗާއި ދެކުނުގައި އޮތީ ޕެރޫއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މާކަނޑެވެ. މިއީ ދެކުނު އެމެެރިކާގެ ޤައުމުތަކުގެ ތެރެއިން ބްރެޒީލާ އެކު ބޯޑަރު ޙިއްޞާ ނުކުރާ ހަމައެކަނި ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މިފަދަ އަނެއް ޤައުމަކީ ޗިލީއެވެ. 

އިކުއެޑޯރުގައި އިންސާނުން ދިރިއުޅެން ފަށާފައިވާ ތާރީޚަށް ބަލާއިރުގައި ޢީސާއީ މީލާދުގެ 3500 އަހަރު ކުރީން ވެސް މި ސަރަޙައްދުގައި މީހުން އުޅެފައިވާކަން ސާބިތުވެއެވެ. 
އިކުއެޑޯޜުގެ ސަރަޙައްދުގައި ވަރަށް ގިނަ ގުނަ ޙަޟާރީ ހާދިސާތައް ހިނގާފައިވެއެވެ. މިއިން ކޮންމެ ޙަޟާރީ ހާދިސާއަކާ ގުޅިފައިވާ ޙަޟާރަތަކުން ވެސް، އެ ހަޟާރަތަކަށް ނިސްބަތްވާ ފަންނުވެރިކަމާއި، ފަރުމާ ކުރުންތަކާއި، ދީނީ އާދަކާދަތައް ގެންގުޅެފައިވާކަން އެނގެއެވެ.
ހަނގުރާމަތަކުގެ ކާމިޔާބީ އާއި އަދި އިންކާއިންނާއެކު ކުރެވުނު ކައިވެނިތަކުގެ ނަތީޖާއެއްގެ ގޮތުން 1463 ވަނަ އަހަރުގައި މިހާރުގެ އިކުއެޑޯރުގެ ސަރަޙައްދު އިންކާ އެމްޕަޔަރގެ ދަށަށް ދިޔައެވެ. 
އުތުރު ބިތުން އިސްޕޭނު މީހުން އިކުއެޑޯރުގެ ސަރަޙައްދަށް ވަދެ ގަތް އިރު، މި ތަނުގެ ވެރިކަމުގައި ހުރީ ހުޔައިނާ ޗަޕަކްއެވެ. އޭނާގެ ދެ ދަރީންނަކީ އަތަހުއަލްޕާ އާއި ހުއަސްކަރެވެ.
ވެރިކަމުގެ ދަށުގައި އޮތް ސަރަޙައްދުގެ އުތުރު ބިތުގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިއްމާއާ ޙަވާލުވެ ހުރީ އަތަހުއަލްޕާއެވެ. ހުއަސްކަރު ޤާއިމުވެ ހުރީ އިންކާއިންގެ ވެރިރަށް ކަމުގައިވާ ކުސްކޯގައެވެ.
މީލާދީން 1525 ވަނަ އަހަރުގައި ހުޔައިނާ ޗަޕަކް އަވަހާރަވުމުން ވެރިކަމުގެ ސަރަޙައްދުގެ ބާރުވެރިކަން ދެ ބަޔަކަށް ބަހާލެވުނެވެ. އުތުރުގައި އޮތީ އަތަހުއަލްޕާގެ ވެރިކަމެވެ. އުތުރު ބިތުގެ ވެރިރަށަކީ ކުއިތޯއެވެ. 
ދެކުނު ބިތުގެ ވެރިކަން އޮތީ ހުއަސްކަރަށެވެ. އޭނާގެ ވެރިކަމުގެ ރާޖްދާނަކީ ނުވަތަ ވެރިރަށަކީ ކުސްކޯއެވެ. މީލާދީން 1530 ވަނަ އަހަރު އަތަހުއަލްޕާ، އޭނާގެ އަޚު ބަލިކުރައްވައި މުޅި ވެރިކަމުގެ މައްޗަށް ބާރު ހިންގަވަން ފެށްޓެވިއެވެ.
މީލާދީން 1531 ވަނަ އަހަރުގައި އިސްޕޭނު މީހުން ފްރެންސިސްކޯ ޕިޒާރޯގެ ޤިޔާދަތުގެ ދަށުގައި މި ހިސާބަށް އައި އިރު އިންކާއިންގެ ބާރުގަދަ އެމްޕަޔަރ ވަނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބަލިކަށިވެ، ރޫޅިފައެވެ.
އަތަހުއަލްޕާ ބޭނުންފުޅުވީ އިންކާއިންގެ ވެރިކަން އަނެއްކާ ވެސް އެއްވެރިކަމެއްގެ ގޮތުގައި އެއްކުރާށެވެ. އެހެން ނަމަވެސް އިސްޕޭނު މީހުން އަތަހުއަލްޕާއަކަށް މި ފުރުޞަތެއް ނުދިނެވެ. ކަޖަމާރްކާގެ ހަނގުރާމައިގައި އިސްޕޭނު މީހުން އަތަހުއަލްޕާ ހައްޔަރު ކުރިއެވެ. 
އޭނާ މިނިވަންކޮށްދޭތޯ، ފިިދުޔައެއްގެ ގޮތުގައި އިންކާއިންގެ މީހުންވަނީ އިސްޕޭނު މީހުންނަށް އެއް ކޮޓަރީގެ ފުރާ ހުރި ރަނާއި، ދެ ކޮޓަރީގެ ފުރާ ހުރި ރިހި ދީފައެވެ. އެހެން ނަމަވެސް އެންމެ ފަހުން އިސްޕޭނު މީހުން އެމީހުންގެ ޤައިދުގައި ހުރި އިންކާ އެމްޕެރަރ އަތަހުއަލްޕާ ޤަތުލުކޮށްލީއެވެ.
މީގެ ފަހުން އިކުއެޑޯރު އޮތީ އިސްޕޭނު މީހުންގެ އިސްތިޢުމާރުގެ ދަށުގައެވެ. 
އިކުއެެޑޯރަށް އިސްޕޭނު މީހުންގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނީ 1822 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. ދެން މިތަން އޮތީ ގްރޭން ކޮލަންބިޔާގެ ބައެއްގެ ގޮތުގައެވެ. ގްރޭން ކޮލަންބިޔާއިން ވަކިވެ މިނިވަންވީ 1830 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

އިކުއެޑޯރުގެ އާބާދީގެ 65% މީހުންނަކީ މެސްޓިޒޯއިންނެވެ. 25% މީހުންނަކީ އަދިވާސީންނެވެ. 3% މީހުންނަކީ ކަޅު މީހުންނެވެ. 7% މީހުންނަކީ އިސްޕޢނު ނަސްލުގެ މީހުންނާއި އެހެން މީހުންނެވެ.

އިކުއެޑޯރުގެ ސަގާފަތުގެ އެންމެ މުހިއްމު ބިންގަލަކީ އެ ޤައުމުގެ އަދިވާސީން ކަމުގައިވާ ނޭޓިވް އެމެރިކަން ނުވަތަ އިންކާއިންގެ އަސަރުތަކެވެ. އޭގެ ފަހުގައި އެތަން އިސްތިޢުމާރުކޮށްގެން ތިބި އިސްޕޭނު މީހުންގެ އަސަރެވެ.




#Article 274: މަލާވީ (347 words)


ރިޕަބްލިކް އޮފް މަލާވީއަކީ އިރުދެކުނު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ. ކުރިން މި ޤައުމަށް ކިޔަނީ ނިޔާސާލޭންޑެވެ. 

މަލާވީގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ސަރަޙައްދީ ބަހެއްގެ ގޮތުގައި ޗިޗެވާ ބަސް ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މަލާވީގެ މީހުންނަށް ކިޔަނީ މަލާވިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްލަންތައިރޭއެވެ. މަލާވީގެ ވެރި ރަށަކީ ލިލޮންގްވޭ އެވެ. 
މަލާވީއަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 65 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mw. އެވެ. ކޯލިން ކޯޑަކީ +265 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކްވާޗާއެވެ.

މަލާވީގެ ނަން ނިސްބަތްވަނީ ލޭކް މަލާވީ ނަމަކަށް ކިޔާ ފެންގަނޑަށެވެ. ލޭކް މަލާވީއަށް ލޭކް ނިޔާސާއޭ ވެސް ކިޔައެވެ. މަލާވީގެ ކުރީގެ ނަން ކަމުގައިވާ ނިޔާސާލޭންޑް ނިސްބަތް ކުރެވިފައިވަނީ މި ގޮތުންނެވެ. އަދި މަލާވީ މި ނަމަކީ ބަންޓޫ ނަސްލުގެ މަރާވީ މީހުންނަށް ނިސްބަތްވާ ނަމެއް ކަމަށް ބުނެއެވެ.

މަލާވީގެ ހުޅަނގުއުތުރުގައި އޮތީ ޒެންބިޔާއެވެ. އިރު އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. އިރުމައްޗާއި ދެކުނާއި ހުޅަނގުގައި ވެސް އޮތީ މުސިންބީ (މޮޒަންބީކް) އެވެ.
މަލާވީގެ އެންމެ މުހިއްމު ފެންގަނޑު ކަމުގައިވާ ލޭކް މަލާވީއަށް ކަލަންޑަރު ލޭކްއޭ ވެސް ކިޔައެވެ. އެއީ މި ކޯރުގެ ދިގު މިނުގައި 365 މޭލު ހުރުމާައި ފުޅާ މިނުގައި 52 މޭލު ހުރުމުގެ ސަބަބުންނެވެ. އެއީ އަހަރެއްގައި ހުންނަނީ 365 ދުވަހާއި 52 ހަފްތާ ކަމުންނެވެ.
މަލާވީއަކީ ބިމުގެ ގޮތުން ބަލާއިރުގައި ދުނިޔޭގެ 99 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.

މީލާދީން 10 ވަނަ ޤަރުނާ ހަމަޔަށް އައި އިރު މަލާވީގައި އޮތީ ވަރަށް ކުޑަކުޑަ އާބާދީއެކެވެ. އެއީ ޝިކާރަވެރިންގެ މައްޗަށް ބިނާވެފައި އޮތް އާބާދީއެކެވެ.
އެހެން ނަމަވެސް މީލާދީން 10 ވަނަ ޤަރުނާ ހަމައިގައި ބަންޓޫ މީހުން އެކި ހިސާބުތަކަށް ބެހި ގަތުމުގެ އޮއިވަރުގައި މަލާވީއަށް ވެސް ބަންޓޫ ދަރިކޮޅުގެ މީހުން އައެވެ. އޭގެ ސަބަބުން މަލާވީގެ އާބާދީގެ ރޫ ބަދަލުވެގެން ދިޔައެވެ.
މީލާދީން 1500 ގެ ތެރޭގައި މަލާވީގެ ޤަބީލާތަކުުގެ ރަސްކަމެއް ޤާއިމުކުރިއެވެ. މީލާދީން 1700 ގެ ތެރޭގައި މި ރަސްކަން ގާތްގަނޑަކަށް ރޫޅިގެން ދިޔައެވެ. މީލާދީން 1859 ގައި ޑޭވިޑް ލިވިންގްސްޓޯން މަލާވީއަށް ދިޔައެވެ.
އިނގިރޭސީންގެ ވެރިކަމުގެ ތެރޭގައި މަލާވީއަށް ކިޔަމުން އައީ ނިޔާސާލޭންޑް މި ނަމެވެ. ނިޔާސާލޭންޑްގެ ކޮލޯނިޔަލް ސަރުކާރު ޤާއިމުވީ 1891 ވަނަ އަހަރުގައެވެ.
މަލާވީއަށް އިނގިރޭސި ވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 6 ޖުލައި 1964 ގައެވެ.

މަލާވީގެ އާބާދީގެ 85% މީހުންނަކީ ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. މަލާވީގެ އާބާދީގައި ހިމެނޭ ނަސްލުތަކަކީ، ޗެވާ، ނިޔަންޖާ، ތުންބުކާ، ޔާއޯ، ލޮމްވޭ، ސޭނާ، ތޮންގާ، އެންގޯނީ، އަދި އެންގޮންޑޭ، މި ނަސްލުތަކެވެ.

މަލާވީގެ އާބާދީގެ 85% މީހުންނަކީ ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. މަލާވީގެ ސަގާފަތުގެ އެންމެ ވަރުގަދަ އެކައްޗަކީ މަލާވީގެ ޑާންސެވެ. 

މަލާވީ އަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އަކަބުރަ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ ތަރައްޤީ ނުވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
މަލާވީގެ މުޅި އިޤްތިޞާދުހެން ބިނާވެފައިވަނީ ދަނޑުވެރި ކަމުގެ މައްޗަށެވެ. މަލާވީގެ ޖީ.ޑީ.ޕީީގެ ތިން ބައި ކުޅަ އެއްބައި ލިބެނީ ދަނޑުވެރިކަމުންނެވެ. އެކްސްޕޯޓްގެ 90% އަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ.




#Article 275: ޒިމްބާބުވޭ (408 words)


ރިޕަބްލިކް އޮފް ޒިންބާބުވޭ އަކީ އެފްރިކާ ދެކުނަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.

ޒިންބާބުވޭގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުގެ އިތުރުން ސަރަޙައްދީ ބަސްތަކެއް ގޮތުގައި ޝޯނާ ބަހާއި އެންޑެބެލޭ ބަސް ބޭނުން ކުރެވެއެވެ. ޝޯނާ ބަހަކީ ބަންޓޫ ދަރިކޮޅަށް ނިސްބަތްވާ ބަހެކެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޒިންބާބްވިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހަރާރޭއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ސެމީ ޕްރެޒިޑެންޝަލް، ޕާލަމެންޓަރީ، ކޮންސޯޝަނަލިސްޓް ރިޕަބްލިކެކެވެ.
ޤައުމުގެ އާބާދީއަކީ 12 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 72 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.39 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ zw. އެވެ. ކޯލިން ކޯޑަކީ +263 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޒިންބާބްވިއަން ޑޮލަރެވެ.

ޒިންބާބްވޭ އަށް ކުރީގައި ކިޔާފައިވާ ނަންތަކަށް ބަލާއިރުގައި ސަދަން ރޮޑީޝިޔާ އާއި ރިޕަބްލިކް އޮފް ރޮޑީޝިޔާ އާއި ޒިިންބާބްވޭ ރޮޑީޝިޔާ ހިމެނެއެވެ. ޒިންބާބްވޭ ގެ ނަން ނެގިފައިވަނީ ޒިންބާ ޒަމަ ބްވޭ މި ނަމުންނެވެ. މީގެ މާނައަކީ “ގްރޭޓް ހައުސެސް އޮފް ސްޓޯން” އެވެ.

ޒިންބާބުވޭގެ ދެކުނުގައި އޮތީ ދެކުނު އެފްރިކާއެވެ. ހުޅަނގު ދެކުނުގައި އޮތީ ބޮޓްސްވާނާއެވެ. ހުޅަނގު އުތުރުގައި އޮތީ ޒެންބިޔާއެވެ. އިރުމަތީގައި އޮތީ މުސިންބީއެވެ. 

މެދު ޒަމާނުގައި މި ސަރަޙައްދު އޮތީ ބަންޓޫ ދަރިކޮޅުގެ މީހުން އާބާދުވެފައިވާ ތަނެއްގެ ގޮތުގައެވެ. ގްރޭޓް ޒިންބާބްވޭ އާއި މިއަދުގެ ޒިންބާބްވޭގައި ވެސް ފެންނަން ހުރި އާސާރީ ތަންތަނުން މިކަމަށް ހެކި ލިބެއެވެ.
މީލާދީން 10 ވަނަ ޤަރުނާ ހިސާބުގައި ޢަރަބި މުސްލިމް ވިޔަފާރިވެރީންނާއި ޒިންބާބްވޭއާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތައް ހިނގަން ފެށިއެވެ. 
އިސްތިޢުމާރުގެ ކުރިޔަށް ބަލާއިރު މީލާދީން 1000 ވަނަ އަހަރުން ފެށިގެން މީލާދީން 1887 ވަނަ އަހަރާ ހަމަޔަށް ޒިންބާބްވޭގެ ސަރަޙައްދުގައި ވެރިކަން ކޮށްފައިވަނީ އެތަނުގެ މީހުންނެވެ. އިސްތިޢުމާރުގެ ދަށުގައި ނެތް ދުވަސްވަރު ވެސް ޒިންބާބްވޭ އާއި ޔޫރަޕުގެ ޤައުމުތަކާ ދެމެދު، ޚާއްޞަކޮށް ޕޯޗުގީޒުންނާ ދެމެދު ވިޔަފާރީގެ ގުޅުންތައް ހިނގާފައިވެއެވެ.
މި ގޮތުން ރަނާއި އެތް ދަތާއި ލޮޔާއި ފޮއްޗާއި ބިއްލޫރީގެ ވިޔަފާރި ވަރަށް ފުޅާކޮށް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. 
މީލާދީން 1250 އިން 1450 އާ ދެމެދު ކުރީގައި ބާރުގަދަކޮށް އޮތް މަޕުންގުބްވޭ ރަސްކަމުގެ މައްޗަށް ޒިންބާބްވޭގެ ރަސްކަމުގެ ހިޔަނި ވަނީ އެޅިފައެވެ. 
މީލާދީން 1450 އިން 1760 ވަނަ އަހަރާ ދެމެދު އޮތީ މުތަޕާގެ ރަސްކަމުގެ ދުވަސްވަރެވެ. 
މީލާދީން 1880 ވަނަ އަހަރު ސިސިލް ރޯޑީސްގެ ބްރިޓިޝް ސައު^ް އެފްރިކާ ކޮންޕެނީ މީހުން ޒިންބާބްވޭއަށް ފޭބިއެވެ. 1898 ވަނަ އަހަރުގައި މިތަނުގެ ނަމަކީ ސައު^ް ރޮޮޑީޝިޔާ ކަމުގައި ހަމަޖެހިގެން ދިޔައެވެ. 
ނޮދަން ރޮޑީޝިޔާ އަކީ މިހާރުގެ ޒެންބިޔާއެވެ. 1923 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެކުނު ރޮޑީޝިޔާއަކީ އަމިއްލައަށް ވެރިކަން ހިންގާ، އެހެނަސް އިނގިރޭސި ކޮލޮނީއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އިނގިރޭސީންގެ ކިބައިން ޒިންބާބްވޭ އަށް ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 18 އެޕްރީލް 1980 ގައެވެ. 1980 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ބޭއްވި އިންތިޚާބުގައި ރޮބަޓް މުގާބޭ ކާމިޔާބު ހޯއްދެވިއެވެ. 
އޭރުއްސުރެ މިހާތަނަށް ވެސް ޒިންބާބްވޭގެ ވެރިކަމުގައި ހުރީ ރޮބަޓް މުގާބޭއެވެ. މުގާބޭއަކީ މުޅި ދުނިޔެ ވެސް ނުދެކޭ ފަދަ ޚުދުމުޚްތާރު، އަނިޔާވެރި ވެރިއެކެވެ.

ޒިންބާބްވޭގެ އާބާދީގެ 85% މީހުންނަކީ ކްރިސްޓިޔަނުންނެވެ. އާބާދީގެ 98% މީހުންނަކީ ކަޅު މީހުންނެވެ. 
ސަގާފަތު
ޒިންބާބްވޭގެ ސަގާފަތަށް ބަންޓޫ ދަރިކޮޅުގެ މީހުންގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ވެސް ޝޯނާއިންގެ ބައެއް ޢީދުތައް ފާހަގަ ކުރުން އޮވެއެވެ.

މިއަދު ޒިންބާބްވޭއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ފަޤީރު އެއް ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 200 ޑޮލަރެވެ. މީގެ މާނައަކީ ޒިންބާބްވޭގެ އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ނިސްބަތަކީ އަހަރަކަށް އެޤައުމުގެ ކޮންމެ މީހަކަށް 200 ޑޮލަރެވެ. މިއީ ދުވާލަކަށް އެންމެ ޑޮލަރަކަށް ވުުރެ ވެސް ދަށް ޢަދަދެކެވެ.




#Article 276: ގުއަޓެމާލާ (368 words)


ގުއަޓެމާލާއަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ގުއަޓެމާލާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން އަދިވާސީ ބަސްތަކުގެ ތެރެއިން 22 ބަހެއް ރަސްމީ ބަސްތަކުގެ ގޮތުގައި ބެލެވިފައިވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގުއަޓެމާލަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ގުއަޓެމާލާ ސިޓީއެވެ. ގުއަޓެމާލާގެ ވެރި ރަށަކީ ވެސް ގުއަޓެމާލާ ސިޓީއެވެ.
މި ޤައުމަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. 
ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 69 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gt. އެވެ. ކޯލިން ކޯޑަކީ +502 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކުއެޓްޒަލްއެވެ.

ގުއަޓެމާލާގެ ނަމުގެ އަޞްލަކީ ކޮބައިކަމެއް ނޭނގޭ ކަމުގައި ވަރަށް ގިނަ ލިޔުންތަކުގައިވެއެވެ. އެހެން ނަމަވެސް ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ގުއަޓެމާލާގެ ނަމުގެ މާނައަކީ “ލޭންޑް އޮފް ޓްރީސް” އެވެ. އަނެއް މާނައަކީ “ބިޓްވީން ދަ ޓްރީސް” އެވެ. 

ގުއަޓެމާލާގެ އުތުރާއި ހުޅަނގުގައި އޮތީ މެކްސިކޯއެވެ. ހުޅަނގު ދެކުނުގައި އޮތީ ޕެސިފިކް ކަނޑެވެ. އިރު އުތުރުގައި އޮތީ ބެލީޒެވެ. އިރުމަތީގައި އޮތީ ކެރީބިޔަންއެވެ. އިރު ދެކުނުގައި އޮތީ ހޮންޑިއުރަސް އާއި އެލްސަލްވަޑޯރެވެ.
ދެކުނުގެ އައްސޭރި ފަށާއި އުތުރުގެ ތިރިބިން ފިޔަވައި ގުއަޓެމާލާއަކީ ފަރުބަދަތަކުން ފުރިފައިވާ ޤައުމެކެވެ.
ގުއަޓެމާލާއިން ވަނީ ވަރަށް ކުރީއްސުރެ އަވަށްޓެރި ބެލީޒްގެ މުޅި ބިން ނުވަތަ ބައެއްގެ މައްޗަށް ދަޢުވާކޮށްފައެވެ. ގުއަޓެމާލާއިން ވަނީ 1990 ވަނަ އަހަރު ބެލީޒްގެ މިނިވަންކަން ޤަބޫލުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް މި ދެ ޤައުމުގެ ދެމެދުގައިވާ ބޯޑަރުގެ މައްސަލައަކަށް ނިމުމެއް ނާދެއެވެ.

އެންމެ ފުރަތަމަ ގުއަޓެމާލާ ސަރަޙައްދުގައި މީހުން އުޅެފައިވާކަމަށް ފެންނަނީ ޢީސާއީ މީލާދުގެ 12000 އަހަރު ކުރީންނެވެ.
މި މުއްދަތަށް ވުރެ ކުރިޔަށް ވެސް މި ތާރީޚު ހިނގައިދާނެ ކަމަށް ފެންނަ ބައެއް ހެކިތައް އެ ޤައުމުން ފެނިފައިވެއެވެ. މި ގޮތުން ލިބެން ހުރި ބައެއް ހެކިތަކުން ދައްކާ ގޮތުގައި ގުއަޓެމާލާގައި މީހުން ދިރިއުޅެމުންދަނީ ޢީސާއީ މީލާދަށް ވުރެ 18000 އަހަރު ކުރީންނެވެ.
އާރކިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ގުއަޓެމާލާގައި ފުރަތަމަ ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ މީހުންނެވެ. އެހެން ނަމަވެސް ޢީސާއީ މީލާދުގެ 3500 އަހަރު ކުރީން ގުއަޓެމާލާގެ ވަޒަންވެރީން ޒުވާރި ހައްދަން ފަށާފައިވާކަން އެނގެއެވެ. 
އާރކިއޮލޮޖިސްޓުން މެސޯއެމެރިކާގެ ތާރީޚުގެ ޕްރީކޮލަންބިއަން ދައުރު ބައްސަވާލައްވަނީ ތިން ބަޔަކަށެވެ. އެއީ ޕްރީކްލާސިކް ބަޔާއި ކްލަސިކް ބަޔާއި ކާލިސްޓިކް ބަޔަށެވެ. 
ޕްރީކްލާސިކް ބައިގެ މުއްދަތަކީ 2000 މ.ކ އިން 250 މ. އަށެވެ. ކްލާސިކް ބައިގެ މުއްދަތަކީ 250 މ. އިން ފެށިގެން 900 މ. އާ ހަމަޔަށެވެ. ކާލިސްޓިކް ބައިގެ މުއްދަތަކީ 900 މ. އިން 1500 މ. އާ ހަމަޔަށެވެ.
އެމެރިކާ ބައްރުގެ އެންމެ ވަރުގަދަ އެއް ޙަޟާރަތު ކަމުގައިވާ މާޔާ ސިވިލައިޒޭޝަނުން ގުއަޓެމާލާއަށް ވަރަށް ބޮޑު އާސާރީ މުއްސަނދި ކަމެއް ލިބިފައިވެއެވެ. މާޔާއިންގެ ވެރިކަމުގެ ބާރު ދެރަވެގެން ގޮސްފައިވަނީ މީލާދީން 900 އާ ހިސާބުގައެވެ.
އިސްޕޭނު މީހުން ގުއަޓެމާލާގައި އެމީހުންގެ އިސްތިޢުމާރީ ހަން ފަތުރަން ފެށީ މީލާދީން 1519 ހާ ތާނގައެވެ. ގުއަޓެމާލާއަށް އިސްޕޭނު މީހުންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1821 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ގުއަޓެމާލާގެ އާބާދީގެ 40% މީހުންނަކީ މެސްޓިޒޯއިންނެވެ. މެސްޓިޒޯއިންނަކީ ނޭޓިވް އެމެރިކަނުންނާއި ޔޫރަޕު މީހުންނާ އިނދެގެން ލިބިފައި ތިބޭ ދަރީންގެ ދަރިކޮޅެވެ.

ގުއަޓެމާލާއަކީ ސަގާފީ ގޮތުން ވަރަށް ވެސް ބޮޑު މުއްސަނދި ކަމެއް ލިބިފައިވާ ޤައުމެކެވެ. 

މިހާރު ގުއަޓެމާލާއަށް އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފި ކަމަށް ތަޖުރިބާ ކާރުން ދެކެލައްވައެވެ.




#Article 277: ސެނެގާލް (331 words)


ސެނެގާލަކީ ހުލަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ސެނެގާލްގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެނެގާލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޑާކާރެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ.
ޤައުމުގެ އާބާދީއަކީ 12 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 71 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.19 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sn. އެވެ. ކޯލިން ކޯޑަކީ +221 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސީ.އެފް.އޭ ފްރޭންކެވެ.

ސެނެގާލްގެ ނަން ނިސްބަތްވަނީ މި ޤައުމުގެ އުތުރުގައި އޮތް ސެނެގާލް ކޯރަށެވެ.

ސެނެގާލްގެ ހުޅަނގުގައި އޮތީ އެޓްލާންޓިކް މާކަނޑެވެ. އުތުރުގައި އޮތީ މުރިޓާނިޔާއެވެ. އިރުމަތީގައި އޮތީ މާލީއެވެ. ދެކުނުގައި އޮތީ ގިނީ އާއި ގިނީ ބިސާއުއެވެ. އަދި ގެންބިޔާގެ ތިން ފަރާތުގައި އޮތީ ވެސް ސެނެގާލެވެ. ގެންބިޔާގެ އަނެއް ފަރާތުގައި އޮތީ އެޓްލާންޓިކް މާކަނޑެވެ. 
ސެނެގާލުގެ މޫސުމަކީ ޓްރޮޕިކަލް މޫސުމެކެވެ. ޑާކާރަށް އަހަރަކު ވާރޭ ވެހޭ މިންވަރަށް ބަލާއިރު 600 މިލިމީޓަރުގެ ވާރޭ ވެހެއެވެ.
ހޫނު މިން އެންމެ މައްޗަށް ދަނީ 27 ޑިގްރީ ސެލްސިއަސްއަށް ކަމުގައިވާ އިރު އެންމެ ދަށަށް ދަނީ 17 ޑިގްރީ ސެލްސިއަސްއަށެވެ.

އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ޕްރީހިސްޓޯރިކް ޒަމާނޭ ކިޔޭ ހިސާބުން ފެށިގެން ވެސް ސެނެގާލްގައި މީހުން ވަނީ ވަޒަންވެރިވެފައެވެ. އިރުމަތީ ސެނެގާލަކީ އެއް ޒަމާނެއްގައި އެމްޕަޔަރ އޮފް ގާނާގެ ބައެކެވެ.
މި ވެރިކަން ފެށިފައިވަނީ ތުކުލޯރާ ހަމައިންނެވެ. އެއީ ސެނެގާލް ކޯރުގެ މެދު ވާދީގައެވެ. 
ސެނެގާލުގެ އެންމެ ގިނަ ބަޔަކު ތަބާވާ ދީނަކީ އިސްލާމްދީނެވެ. މި ސަރަޙައްދަށް އެންމެ ފުރަތަމަ އިސްލާމްދީން އައިސްފައިވަނީ މީލާދީން 11 ވަނަ ޤަރުނުގެ ތެރޭގައެވެ.
މީލާދީން 13 ވަނަ ޤަރުނާއި 14 ވަނަ ޤަރުނާ ހިސާބުގައި މި ސަރަޙައްދަށް އިރުމަތީ ވެރިންގެ ނުފޫޒު ފެތުރިގެން ދިޔައެވެ. ސެނެގާލުގެ ޔޮލޮފް އެމްޕަޔަރ އުފަންވީ ވެސް ހަމަ މި ދުވަސްވަރުއެވެ.
މީލާދީން 15 ވަނަ ޤަރުނުން ފެށިގެން 1677 އާ ހަމަޔަށް ޔޫރަޕުގެ ޤައުމުތައް ކަމުގައިވާ ޕޯޗުގަލް އާއި ނެދަލޭންޑްސް އާއި ބްރިޓޭނުން ވަނީ މި ސަރަޙައްދުގެ ވިޔަފާރީގައި ކުރި ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.
ދެން ފެށިގެން އައީ ފަރަންސޭސީންގެ ނުފޫޒެވެ. 1850 ގެ ތެރޭގައި ފަރަންސޭސީން ސެނެގާލުގެ މައިކަރައިގެ ތެރެ ހޯދަން ފެށިއެވެ. 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ސެނެގާލާއި ފަރަންސޭސި ސޫދާން ގުޅިގެން މާލީ ފެޑެރޭޝަން އުފެދުނެވެ.
ސެނެގާލަށް ފަރަންސޭސީންގެ އަތްދަށުން މިނިވަންކަން ލިބިފައިވަނީ 4 އެޕްރީލް 1960 ގައެވެ.

ސެނެގާލްގެ އާބާދީގެ 42% މީހުން ދިރިއުޅެނީ ރަށްފުށުގެ ހިސާބުތަކުގައެވެ. 
ސެނެގާލުގައި އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުން ގެންދެއެވެ. އަދި ހަމަ އެހެންމެ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެނެގާލުގައި ވެސް ވަރަށް ގިނަ ބަސްބަހުން ވާހަކަ ދައްކައެވެ.
ސެނެގާލުގެ އާބާދީގެ ތެރެއިން 43% މީހުންނަކީ ވޮލޮފް ނަސްލަށް ނިސްބަތްވާ މީހުންނެވެ. 
ސެނެގާލްގެ އާބާދީގެ 95% މީހުންނަކީ މުސްލިމުންނެވެ. 4% އަކީ ކްރިސްޓިޔަނުންނެވެ. 1% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ.

ސެނެގާލްގެ މިއުޒިކުގެ ސަގާފަތަކީ އެފްރިކާގެ އެހެން ޤައުމުތަކަށް ވުރެ ވެސް ކުރިއަރާފައިވާ ސަގާފަތެއް ކަމަށް ބުނެވެއެވެ.




#Article 278: ތޫނިސް (350 words)


ޓިއުނީޝިޔާ ނުވަތަ ތޫނިސްއަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ އުތުރަށް އޮތް ޤައުމެވެ.

ތޫނިސްގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. ދެވަނަ ބަހެއްގެ ގޮތުގައި ގެންގުޅެނީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޓިއުނީޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތޫނިސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 79 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ tn. އެވެ. ކޯލިން ކޯޑަކީ +216 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ތޫނިސްއަށް ކިޔާ ނަން ކަމުގައިވާ ތޫނިސް ނެގިފައިވަނީ، މި ޒަމާނުގެ ތޫނިސްގެ ވެރިރަށް ކަމުގަައިވާ ރަށަށް ނިސްބަތްކޮށެވެ.
އިނގިރޭސީން މި ޤައުމަށް ކިޔަނީ ޓިއުނީޝިޔާއެވެ. އެއީ ފަރަންސޭސި ބަހުން ކިޔާޤ ނަމުގެ ފަހަތަށް އައި.އޭ އިތުރުކޮށްގެން ކިޔާފައިވާ ނަމެކެވެ.
މިއީ ފީނީޤީންގެ ކަލާނގެއެއް ކަމުގައިވާ ތާނިސް ނުވަތަ ތޫނިސްއަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. 

ޓިއުނީޝިޔާ ނުވަތަ ތޫނިސް އޮންނަނީ އެފްރިކާ ބައްރުގެ އުތުރު ބިތުގައި މެދުތެރޭ ކަނޑުގެ އައްސޭރީގައެވެ. އެޓްލާންޓިކް ކަނޑާއި ނީލުގެ ވާދީއާ ގާތްގަނޑަކަށް މެދުގައެވެ. 
ތޫނިސްގެ ހުޅަނގުގައި އޮތީ ޖަޒާއިރެވެ. އިރުދެކުނުގައި އޮތީ ލީބިޔާއެވެ. 
ތޫނިސްއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެ ޤައުމަކީ ޤުދުރަތީ ވަސީލަތްތައް ވަރަށް ވެސް މުއްސަނދި ޤައުމެކެވެ.

ފެންނަން ހުރި ތާރީޚަށް ބަލާއިރުގައި ތޫނިސްގައި އެންމެ ފުރަތަމަ ވަ×ަންވެރިވެފައިވަނީ ބަރްބަރީ ޤަބީލާތަކަށް ނިސްބަތްވާ މީހުންނެވެ. 
ޢީސާއީ މީލާދުގެ 10 ޤަރުނު ކުރީގައި ފީނީޤީން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. ޤަރްޠާޖް ޝަހަރަކީ މީލާދުގެ ކުރީގެ 9 ވަނަ ޤަރުނުގައި މިއަދުގެ ލުބުނާން ހިސާބުން އައި ވަޒަންވެރީން ބިނާ ކުރި ޝަހަރެކެވެ.
ފީނީޤީންގެ އިތުރުން އެހެން ކަންޢާނީން ވެސް ވަނީ މި ސަރަޙައްދަށް އައިސް ވަޒަންވެރިވެފައެވެ. ޔޫނާނީންގެ ސިސިލީ އާ އެކު ކުރެވުނު ގިނަ ހަނގުރާމަތަކަކަށް ފަހުގައި ޤަރްޠާޖްގެ ބާރު ގަދަވެގެން ދިޔައެވެ. 
އަދި މިއީ ހުޅަނގު މެޑިޓެރޭނިޔަން ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ބާރަށް ވެސް ވެގެން ދިޔަމެއެވެ. މީލާދީން 8 ވަނަ ޤަރުނާ ހަމައަށް އައި އިރު މި ސަރަޙައްދު އޮތީ މުސްލިމުންނަަށް ފަތަޙަވެފައިވާ ތަނެއްގެ ގޮތުގައެވެ. ތޫނިސްގެ މަޝްހޫރު ޝަހަރެއް ކަމުގައިވާ ޤައިރްވާން ބިނާ ކުރީ މުސްލިމް ޢަރަބީންނެވެ. މިއީ މުޅި އުތުރު އެފްރިކާގައި ވެސް އުފެދުނު އެންމެ ފުރަތަމަ އިސްލާމީ ޝަހަރެވެ.ތޫނިސްއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 20 މާރިޗް 1956 ގައެވެ. 

މިއަދުގެ ޓިއުނީޝިޔާގެ އާބާދީގެ 98% މީހުންނަކީ ޢަރަބީންނެވެ. ނުވަތަ މުސްތަޢުރިބު ޢަރަބީން ކަމުގައިވާ ބަރްބަރީންނެވެ. އެމީހުން ވާހަކަ ދައްކަނީ ޢަރަބި ބަހުގެ ލަހެޖާތަކުގެ ތެރެއިން ތޫނިސްގެ ލަހެޖާއިން ނުވަތަ ޑައިލެކްޓުންނެވެ.
މިއަދު މި ސަރަޙައްދުގައި ބަރްބަރީންގެ ގޮތުގައި ތިބީ އެންމެ 1% މީހުންނެވެ. ގާތްގަނޑަކަށް 1% ގެ މީހުންނަކީ އިޓަލީ އަދި ފަރަންސޭސިވިލާތުން އައިސްތިބި މީހުންނެވެ.

ތޫނިސްގެ ތާރީޚަށް ބަލާއިރު އެ ޤައުމާ ގުޅިފައިވާ ހާދިސާތަކުގެ ސަބަބުން އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރުތަކެއް ފޯރުވާފައިވެއެވެ. 
މީގެ ތެރޭގައި ފީނީޤީންނާއި، ރޯމަނުންނާއި ވެންޑަލްއިންނާއި. ބައިޒަންޓީނުންނާއި، ޢަރަބީންނާއި ތުރުކީންގެ އިތުރުން ސްޕެނިޔަރޑުންނާއި ފަރަންސޭސީންގެ ސަގާފަތްތަކުގެ އަސަރު ވެސް ތޫނިސްގެ ސަގާފަތަށް ފޯރާފައިވެއެވެ.

ޓިއުނީޝިޔާގެ އިޤްތިޞާދުގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން މައިންކުރުމާއި ތަކެއތި އުފެއްދުމުން ހިމެނެއެވެ.




#Article 279: ދެކުނު ކޮރެއާ (277 words)


ރިޕަބްލިކް އޮފް ކޮރެއާ ނުވަތަ ދެކުނު ކޮރެއާއަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. 

ދެކުނު ކޮރެއާގެ ރަސްމީ ބަހަކީ ކޮރެއާ ބަހެވެ. އިނގިރޭސި ބަހުން ދެކުނު ކޮރެއާގެ މީހުންނަށް ކިޔަނީ ސައުތު ކޮރެއަންސް ނުވަތަ ކޮރެއަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސޯލްއެވެ. ދެކުނު ކޮރެއާގެ ވެރިރަށަކީ ވެސް ސޯލްއެވެ. ދެކުނު ކޮރެއާއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 48 މިލިއަނެވެ. 
އެހެންކަމުން މިއީ ދުނިޔޭގައި 26 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kr. އެވެ. ކޯލިން ކޯޑަކީ +82 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސައުތު ކޮރެއަން ވޮންއެވެ.

ދެކުނު ކޮރެއާއަށް ދެކުނު ކޮރެެއާއޭ ކިޔަނީ މިއީ ކޮރެއާ ޕެނިންސޫލާގައި އުފެދިފައިވާ ދެ ޤައުމުގެ ތެރެއިން ދެކުނަށް އޮތް ޤައުމު ކަމުގައިވާތީއެވެ. 

ދެކުނު ކޮރެއާ އޮންނަނީ ކޮރެއާ ޕެނިންސޫލާގެ ދެކުނު ބައިގައެވެ. ދެކުނު ކޮރެއާގެ ހުޅަނގު ފަރާތުގައި އޮތީ ޗައިނާއެވެ. އިރުމަތީގައި އޮތީ ޖަޕާނެވެ. އުތުރުގައި އޮތީ އުތުރު ކޮރެއާއެވެ. 
ދެކުނު ކޮރެއާގެ ހުޅަނގުގައި އޮތީ ރީނދޫ ކަނޑެވެ. އިރުމަތީގައި އޮތީ ޖަޕާނު ކަނޑެވެ.

މިއަދު ދެ ޤައުމެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއަކީ ކުރީން އެއް ޤައުމެއްގެ ގޮތުގައި އޮތް ތަނެކެވެ. އެހެންކަމުން އުތުރު ކޮރެއާއަކީ ވެސް ދެކުނު ކޮރެއާއަކީ ވެސް ކުރީގެ ގޮތުން ކިޔާ ނަމަ ކޮރެއާއެވެ. 
ކޮރެއާގެ ތާރީޚު ފެށިފައިވަނީ 2333 މކ. ގައި ޑަންގުން ބިިނާކުރެއްވި ޖޯސިއޯންއިން ފެށިގެންނެވެ.
ކޮރެއާގެ ރަސްކަމާއި ޗައިނާގެ ހާން ޑައިނާސްޓީއާ ދެމެދު ވަރަށް ގިނަ ހަނގުރާމަތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. 

އެހެން ނަމަވެސް 1388 ޖޯސިއޯން ޑައިނާސްޓީ ވެރިކަމަށް އައިސް ކުރީގެ ވެރިންގެ ވެރިކަން ނިމުމަކަށް ގެނައެވެ. ރަސްގެފާނު ތިއޯޖީ، ކޮރެއާގެ ނަމަކީ ޖޯސިއޯން ކަމުގައި ހަމަޖެއްސަވާފައިވަނީ ޖޯސިއޯން ޑައިނާސްޓީގެ ވެރިކަމުގައެވެ.

އެހެން ނަމަވެސް ޗައިނާގެ މިންގް ޑައިނާސްޓީގެ އެހީތެރިކަމާއެކު ޖަޕާނު މީހުންގެ އެދުން ކާމިޔާބުވާ ގޮތެއްނުވިއެވެ.

އާބާދީގައި 48 މިލިޔަން މީހުން ތިބި ދެކުނު ކޮރެއާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 26 ވަނަ ޤައުމެވެ. ބޮޑު އާބާދީއަކާ އެކު ދެކުނު ކޮރެއާ ވެފައިވަނީ އަކަބުރަ އެންމެ ބޮޑު އެއް ޤައުމަށެވެ. އެހެނީ ކޮންމެ އަކަކިލޯމީޓަރަކަށް ޖެހޭ މީހުންގެ ޢަދަދު އުޅެނީ 487 ގައެވެ. 
މިއީ މުޅި ދުނިޔޭގެ އެވަރެޖަށްވުރެ 10 ގުނަ އިތުރު ޢަދަދެއްމެއެވެ.

ދެކުނު ކޮރެއާއަކީ ހޯމޯޖީނަސް ޤައުމެކެވެ. އެ ޤައުމުގައި ތިބީ މުޅިންހެން ކޮރެއާ ނަސްލުގެ މީހުންނެވެ.

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއަކީ އެއް ސަގާފަތެއް ހިއްސާކުރާ ދެޤައުމެވެ. އެހެން ނަމަވެސް 1945 ގައި ދެ ޤައުމުވަކިވުމަށް ފަހުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ސަގާފަތަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ. 




#Article 280: ދެކުނު އެފްރިކާ (314 words)


ރިޕަބްލިކް އޮފް ސައުތު އެފްރިކާ ނުވަތަ ދެކުނު އެފްރިކާއަކީ އެފްރިކާގެ ދެކުނުކޮޅުގައި އޮންނަ ޤައުމެކެވެ. 
ދެކުނު އެފްރިކާއަކީ ތަފާތު ބާވަތްތަކުގެ މަޢުދަންތަކުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖަވާހިރާއި ރަނުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއްގެ ގޮތުގައެވެ.
ދެކުނު އެފްރިކާއަކީ ތަފާތު ދީންތަކާއި ތަފާތު ބަސްތަކުގެ އަހުލުވެރިންގެ ވަޒަނެކެވެ. ދެކުނު އެފްރިކާގެ ޤާނޫނު އަސާސީގައި ރަސްމީ ބަސްތަކުގެ ގޮތުގައި 11 ބަހެއް ފާހަގަކުރެވިފައިވެއެވެ.

ދެކުނު އެފްރިކާގެ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ރަސްމީ ބަސްތަކަކީ އެފްރިކާންސް އާއި، އިނގިރޭސި ބަހާއި، ދެކުނު އެންޑެެބެލޭ ބަހާއި، އުތުރު ސޯތޯ ބަހާއި ދެކުނު ސޯތޯ ބަހާއި، ސްވާޒީ ބަހާއި، ސޮންގާ ބަހާއި، ސްވާނާ ބަހާއި، ވެންޑާ ބަހާއި، ޚޯސާ ބަހާއި ޒުލޫ ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ ސައުތު އެފްރިކަންއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޖޮހަނެސްބާގެވެ. ދެކުނު އެފްރިކާގެ ސަރުކާރު ހިންގާ ވެރިރަށަކީ ޕްރިޓޯރިއާއެވެ. ޝަރުޢީ ދާއިރާގެ މައިމަރުކަޒަކީ ބްލެމްފޮންޓެއިނެވެ. ޤާނޫނު ހަދާ ބަރު ނުވަތަ މަޖިލީހުގެ މަރުކަޒަކީ ކޭޕްޓައުނެވެ.
ދެކުނު އެފްރިކާއަކީ ދުސްތޫރީ ޑިމޮކްރަސީއެއް ހިނގަމުން އަންނަ ޤައުމެކެވެ. އާބާދީއަކީ 49 މިލިއަނެވެ. 
އެހެންކަމުން މިއީ ދުނިޔޭގައި 25 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.22 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ za. އެވެ. ކޯލިން ކޯޑަކީ +27 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރާންޑެވެ.

ދެކުނު އެފްރިކާގެ ނަމަކަށް ދެކުނު އެފްރިކާއޭ ކިޔާފައިވަނީ ޖުގުރާފީ ގޮތުން ދެކުނު އެފްރިކާ އޮތް ސަރަޙައްދަށް ނިސްބަތްކޮށެވެ. 

ދެކުނު އެފްރިކާގެ އެއް ފަރާތު އައްސޭރި ގުޅިފައިވަނީ އެޓްލާންޓިކް ކަނޑާއެވެ. އަނެއް ފަރާތު އައްސޭރި ގުޅިފައިވަނީ އިންޑިޔާ ކަނޑާއެވެ.
ދެކުނު އެފްރިކާގެ އުތުރުގައި އޮންނަނީ ނެމީބިއާ އާއި ބޮޓްސްވާނާ އާއި ޒިންބާބުވޭއެވެ. އިރުމަތީގައި އޮތީ މުސިންބީ (މޮޒަންބީކް) އާއި ސުވާޒިލޭންޑެވެ. ލެސޯތޯއަކީ ދެކުނު އެފްރިކާގެ ތެރޭގައި އޮންނަ މިނިވަން ޤައުމެކެވެ.

ދެކުނު އެފްރިކާގައި އިންސާނުން ދިރިއުޅެން ފަށާފައިވަނީ މީގެ އެތަކެއް ސަތޭކަ އަހަރު ކުރީންނެވެ.

ދެކުނު އެފްރިކާ ޖުމްހޫރިއްޔަތަކަށްވީ 31 މެއި 1961 ގައެވެ. ދެކުނު އެފްރިކާގައި ހިނގަމުން އައި ނަސްލީ ތަފާތުކުރުންތަކާއި ސިޔާސީ ފިއްތުންތައް ހުއްޓުމަކަށް އައިސް 27 އަހަރަށް ފަހު ނެލްސަން މަންޑޭލާ ޖަލުން މިނިވަންވެފައިވަނީ 90ގެ އަހަރުތަކުގައެވެ.

އާބާދީގައި 49 މިލިޔަން މީހުން ތިބި ދެކުނު އެފްރިކާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 25 ވަނަ ޤައުމެވެ. 
ދެކުނު އެފްރިކާގެ އާބާދީގެ 79.3% އަކީ ކަޅުމީހުންނެވެ. 9.1% އަކީ ދޮން މީހުންނެވެ. 9.0% އަކީ ކުލަކުލައިގެ މީހުންނެވެ. 2.6% އަކީ އޭޝިޔާ ނަސްލުގެ މީހުންނެވެ.

ރަސްމީ ބަހުގެ ގޮތުގައި ޤާނޫނު އަސާސީގައި 11 ބަހެއް ފާހަގަކުރެވިފައިވާއިރު އެންމެ ޢާއްމުކޮށް ބޭނުންކުރެވޭ ބަހަކީ އިނގިރޭސި ބަހެވެ. އެހެން ނަމަވެސް ބަހުގެ އަހުލުވެރިންގެ ޢަދަދަށް ބަލާއިރު އިނގިރޭސި ބަހަށް ލިބެނީ ފަސްވަނައެވެ.

ދެކުނު އެފްރިކާއަކީ އިޤްތިޞާދުގެ ގޮތުން ބަލާއިރު މެދުމިނުގެ ޤައުމެކެވެ. 2007 ވަނަ އަހަރަށް ބަލާއިރު ޖީ.ޑީ.ޕީގެ ގޮތުން ދުނިޔޭގެ ރޭންކިންގައި ދެކުނު އެފްރިކާ އޮތީ 25 ވަނައިގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10136 ޑޮލަރެވެ.




#Article 281: އުޒްބެކިސްތާން (318 words)


ރިޕަބްލިކް އޮފް އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. ކުރިން މި ޤައުމަކީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޤައުމެކެވެ.

އުޒްބެކިސްތާނުގެ ރަސްމީ ބަހަކީ އުޒްބެކް ބަހެވެ. އިނގިރޭސި ބަހުން އުޒްބެކިސްތާނު މީހުންނަށް ކިޔަނީ އުޒްބެކްސް ނުވަތަ އުޒްބެކިސްތާނީސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަޝްކަންތެވެ. އުޒްބެކިސްތާނުގެ ވެރިރަށަކީ ވެސް ތަޝްކަންތެވެ. 
އަފްޣާނިސްތާނަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 27 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 45 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uz. އެވެ. ކޯލިން ކޯޑަކީ +998 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އުޒްބެކިސްތާން ސޯމްއެވެ.

އުޒްބެކިސްތާން މި ނަމުގެ މާނައަކީ އުޒްބެކުންގެ ބިމެވެ. އުޒްބެކިސްތާނަށް މި ނަން ދެވިފައިވަނީ އެ ޤައުމުގައި އެންމެ ގިނައީ އުޒްބެކް ނަސްލުގެ މީހުން ކަމުގައިވާތީއެވެ. 

އުޒްބެކިސްތާނުގެ ހުޅަނގާއި އުތުގައި ގައި އޮތީ ކަޒަކިސްތާނެވެ. އިރުމަތީގައި އޮތީ ކިރްގިސްތާނާއި ތަޖިކިސްތާނެވެ. ދެކުނުގައި އޮތީ އަފްޣާނިސްތާނާއި ތުރުކުމަނިސްތާނެވެ.

އެންމެ ފުރަތަމައަށް މެދުތެރޭ އޭޝިޔާއަށް އައީ އީރާނީ އަޝާޔަރުން (ވަކި ބިމެއްގައި ދާއިމީ ގޮތަކަށް ވަޒަންވެރިވެގެން ނޫޅޭ މީހުން ނުވަތަ ނޯމޭޑުން) ނެވެ. 
މި މީހުން އުޒްބެކިސްތާން އޮތް ސަރަޙައްދަށް އައިސްފައިވާ ކަމަށް ބެލެވެނީ ޢިސާއީ މީލާދުގެ ފުރަތަމަ ސާސްކަފުގެ ކުރީންނެވެ. 
މި ހިސާބުގައި އެންމެ ފުރަތަމަ ޝަހަރުތަކެއްގެ ގޮތުގައި ފާޅުވާން ފެށީ ބުޚާރާ އާއި ސަމަރްޤަންދެވެ. އުޒްބެކިސްތާނުގެ ބުޚާރާއަކީ މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ އިމާމް ބުޚާރީ އުފަންވެ ވަޑައިގަތް ޝަހަރެވެ. 
އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ އީސާއީ މީލާދުގެ 327 އަހަރު ކުރީން މި ސަރަޙައްދު ފަތަޙަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބާޚްތަރީ ވެރިޔާގެ ދަރިކަނބަލުން ރޯޝަންގާ ކައިވެނި ބައްލަވައިގެންފައެވެ. ރޯޝަންގަށް ކިޔާ އެހެން ނަން ނަމުގެ ތެރެއިން ރުޚްސާނާ އާއި ރުކްސާނާ ހިމެނެއެވެ.
އުޒްބެކިސްތާނު ކުރީން އޮތީ އީރާނުގެ ސާސާނީ އަދި އަޝްކާނީންގެ ވެރިކަމުގެ ދަށުގައެވެ.
ޗެންގީޒް ޚާންގެ ވެރިކަމުގައި މޮންގޯލުން ވަނީ 13 ވަނަ ޤަރުނުގައި މި ސަރަޙައްދު ފަތަޙަކޮށްފައެވެ. މީގެ ސަބަބުން މި ސަރަޙައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ.
މޮންގޯލުން ވަނީ މި ހިސާބުގެ އަދިވާސީން ކަމުގައިވި ހިންދުއީރާނީ ދަރިކޮޅުގެ މީހުން އެއްކޮށް ހެން މި ބިމުން ބޭރުކޮށްފައި ނުވަތަ އެެމީހުންނާ ދެކޮޅަށް ޤަތުލުޢާއްމު ހިންގާފައެވެ.
ޗެންގީޒް ޚާން އަވަހާރަވީ 1227 ގައެވެ. އޭނާ އަވަހާރަވުމުން އޭނާގެ ވެރިކަން ބަހާލެވުނީ އޭނާގެ ހަތަރު ދަރިންނާއި ޢާއިލާގެ މެންބަރުންގެ މެދުގައެވެ.
މީލާދީން 16 ވަނަ ޤަރުނު ފެށުނުތަނާހެން އަރާލް ކަނޑުގެ އުތުރުގައި ދިރިއުޅެމުން ދިޔަ އުޒްބެކް ނަސްލުގެ މީހުންވަނީ މަވަރައްނަހްރަށް ޙަމަލާދޭން ފަށާފައެވެ. 

އުޒްބެކިސްތާނުގެ އާބާދީގެ 80% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 5.5% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. 5% މީހުންނަކީ ތަޖިކް ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 2.5% މީހުންނަކީ ކަރަކަލްޕާކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ ތަތާރުންނެވެ. 

އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާގެ މުއްސަނދި ސަގާފަތު އެންމެ ބޮޑަށް އޮތް އެއްް ޤައުމެވެ. ޢިލްމާއި ފަންނުވެރިކަމުން ވަރަށް ބޮޑު ކުރިއެރުމެއް އުޒްބެކުން ހޯދާފައިވެއެވެ. 




#Article 282: ވެނެޒުއޭލާ (346 words)


ބޮލިވޭރިއަން ރިޕަބްލިކް އޮފް ވެނެޒުއޭލާއަކީ ދެކުނު އެމެރިކާ ބައްރުގެ އުތުރު އައްސޭރީގައި އޮންނަ ޓްރޮޕިކަލް ޤައުމެކެވެ. ދެކުނު އެމެރިކާގެ މައި ބައްރާ ގުޅިފައިވާ ވެނެޒުއޭލާއަށް ނިސްބަތްވާ އެތައް ރަށެއް ކެރީބިއަން ކަނޑުގައިވެއެވެ.

ވެނެޒުއޭލާގެ ރަސްމީ ބަހަކީ ބްރެޒިލް ފިޔަވައި ދެކުނު އެމެރިކާގައި ހުރި އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން ވެނެޒުއޭލާގެ މީހުންނަށް ކިޔަނީ ވެނެޒުއޭލަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަރަކާސްއެވެ. ވެނެޒުއޭލާގެ ވެރިރަށަކީ ވެސް ކަރަކާސްްއެވެ. ވެނެޒުއޭލާއަކީ ފެޑެރަލް ރިޔާސީ ޖުމްހޫރިއްޔާއެކެވެ.
ޤައުމުގެ އާބާދީއަކީ 28 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 42 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.9 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ve. އެވެ. ކޯލިން ކޯޑަކީ +58 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބޮލިވާރް ފުއެރްތޭއެވެ.

ވެނެޒުއޭލާގެ އިރުމަތީގައި އޮތީ ގުޔާނާއެވެ. ދެކުނުގައި އޮތީ ބްރެޒިލްގެ ކޯރެކެވެ. ހުޅަނގުގައި އޮތީ ކޮލަންބިޔާއެވެ. ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާއި ގްރެނާޑާ އާއި ސަންތި ލޫޫސިޔާ އާއި ބާާބަޑޮޮސް ފަދަ ރަށްރަށް އޮތީ ވެނެޒުއޭލާގެ އުތުރުގައެވެ. 

ވެނެޒުއޭލާގައި މީހުން ދިރިއުޅެން ފަށާފައިވާކަމަށް އާސާރީ ހެކިތަކުން ދައްކަނީ މީގެ 15 ވަރަކަށް ސާސްކަފު ކުރިން ކަމަށެވެ. އެންމެ ފުރަތަމައަށް އިސްޕޭނުގެ އިސްތިޢުމާރުގެ ދަށަށް ގޮސްފައިވަނީ މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. 
ވެނެޒުއޭލާއަށް އިސްޕޭނުގެ ކިބައިން މިނިވަންކަން ހޯއްދަވައި ދެއްވުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅަކީ ސިމޯން ބޮލިވަރއެވެ. ސިމޯން ބޮލިވަރއަކީ ހަމަ އެކަނި ވެނެޒުއޭލާ މިނިވަންކުރެއްވުމުގައި މަސައްކަތްކުރެއްވި ބޭފުޅެއް ނޫނެވެ. 
ވެނެޒުއޭލާގެ އިތުރުން ކޮލަންބިޔާ އާއި ޕެނަމާ އާއި އިކުއެޑޯ އާއި ބޮލީވިއާ އާއި ޕެރޫ ވެސް މިނިވަންވެފައިވަނީ ސިމޯން ބޮލިވަރގެ މަސައްކަތުންނެވެ.
ވެނެޒުއޭލާގެ ރަސްމީ ނަމުގައި “ބޮލިވޭރިއަން ރިޕަބްލިކް އޮފް ވެނެޒުއޭލާ” އޭ އޮންނަނީ ވެސް މި ސަބަބަށް ޓަކައެވެ. ސިމޯން ބޮލިވަރ ގެ ޝަރަފަށް ޓަކައެވެ.
އިސްޕޭނުގެ ކިބައިން 5 ޖުލައި 1811 ގައި މިނިވަންވުމަށް ފަހުގައި ވެނެޒުއޭލާ އޮތީ ގްރޭން ކޮލަންބިޔާގެ ބައެއްގެ ގޮތުގައެވެ. ގްރޭން ކޮލަންބިޔާއާ ވަކިވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުވީ 1830 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ވެނެޒުއޭލާގެ މިނިވަންކަން ރަސްމީ ގޮތުން ރެކޮގްނައިޒް ކުރެވިފައިވަނީ 30 މާރޗް 1945 ގައެވެ. 1998 ވަނަ އަހަރުން ފެށިގެން ވެނެޒުއޭލާގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ އޫގޯ ޗާވޭޒްއެވެ. 

ދެކުނު އެމެރިކާ ބައްރަށް ބަލާއިރު ވިހާ ރޭޓް އެންމެ ރަނގަޅު އެއް ޤައުމަކީ ވެނެޒުއޭލާއެވެ. 1930 ވަނަ އަހަރުން ފެށިގެން ވެނެޒުއޭލާގެ ބޯހިމެނުމުން އެ ޤައުމުގެ ތަފާތު ނަސްލުތަކުގެ މީހުން އެނގޭކަށެއް ނޯވެއެވެ. އެހެން ކަމުން އެ ޤައުމުގެ މީހުންގެ ނަސްލުތަކުގެ ހިސާބުގައި ގެންގުޅެވެމުން އަންނަނީ އަންދާސީ ޢަދަދެކެވެ.
އާބާދީގެ 67% މީހުންނަކީ މެސްޓިޒޯއިންނެވެ. ނުވަތަ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުންގެ މަސްހުނި ނަސްލެވެ. 21% މީހުންނަކީ ދޮން މީހުންނެވެ. 1% އަކީ އެމެރިންޑިޔަނުންނެވެ. 9% އަކީ އެފްރިކާ، އޭޝިޔާ، އަދި ޢަރަބި ނަސްލުގެ މީހުންނެވެ. ވެނެޒުއޭލާގެ އާބާދީގެ 97% އަކީ ކްރިސްޓިޔަނުންނެވެ.
ސަގާފަތު
ވެނެޒުއޭލާގެ ހެރިޓޭޖަށާއި އާޓަށާއި ސަގާފަތަށް ވަރަށް ބޮޑަށް ކެރީބިއަން އަސަރު ފޯރާފައިވެއެވެ. ހަމަ އެހެންމެ އިސްޕޭނާއި އެފްރިކާ އަދި ޢަރަބިންނާއި އެމެރިންޑިޔަނުންގެ ސަގާފަތުގެ އަސަރު ވެސް ވެނެޒުއޭލާގެ ސަގާފަތުން ފާހަގަ ކުރެވެއެވެ.

ވެނެޒުއޭލާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. މީގެ އިތުރުން ރަނާއި ޖަވާހިރާއި ދަގަނޑު އެ ޤައުމުން ނަގައެވެ. 




#Article 283: އުތުރު ކޮރެއާ (397 words)


ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ ނުވަތަ އުތުރު ކޮރެއާއަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. އުތުރު ކޮރެއާ އޮތީ ކޮރެއާ ޕެނިންސޫލާގެ އުތުރު ބައިގައެވެ.

އުތުރު ކޮރެއާގެ ރަސްމީ ބަހަކީ ކޮރެއަން ބަހެވެ. އިނގިރޭސި ބަހުން އުތުރު ކޮރެއާ މީހުންނަށް ކިޔަނީ ނޯތު ކޮރެއަންސް ނުވަތަ ކޮރެއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕިޔޮންޔަންގެވެ. އުތުރު ކޮރެއާގެ ވެރިރަށަކީ ވެސް ޕިޔޮންޔަންގެވެ.
އުތުރު ކޮރެއާ އަކީ ޖޫކް ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. އަދި ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ޤައުމުގެ އާބާދީއަކީ 24 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 47 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kp. އެވެ. ކޯލިން ކޯޑަކީ +850 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނޯތު ކޮރެއަން ވޮން އެވެ.

އުތުރު ކޮރެއާއަށް އުތުރު ކޮރެެއާއޭ ކިޔަނީ މިއީ ކޮރެއާ ޕެނިންސޫލާގައި އުފެދިފައިވާ ދެ ޤައުމުގެ ތެރެއިން އުތުރަށް އޮތް ޤައުމު ކަމުގައިވާތީއެވެ.

އުތުރު ކޮރެއާގެ އުތުރުގައި އޮތީ ޗައިނާ އާއި ރަޝިޔާއެވެ. ދެކުނުގައި އޮތީ ދެކުނު ކޮރެއާއެވެ. ހުޅަނގުގައި އޮތީ ރީނދޫ ކަނޑެވެ. އިރުމަތީ ޖަޕާނާއި ޖަޕާނު ކަނޑެވެ.

މިއަދު ދެ ޤައުމެއްގެ ގޮތުގައި އޮތް އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއަކީ ކުރީން އެއް ޤައުމެއްގެ ގޮތުގައި އޮތް ތަނެކެވެ. އެހެންކަމުން އުތުރު ކޮރެއާއަކީ ވެސް ދެކުނު ކޮރެއާއަކީ ވެސް ކުރީގެ ގޮތުން ކިޔާ ނަމަ ކޮރެއާއެވެ. 
ކޮރެއާގެ ތާރީޚު ފެށިފައިވަނީ 2333 މކ. ގައި ޑަންގުން ބިިނާކުރެއްވި ޖޯސިއޯންއިން ފެށިގެންނެވެ. ކޮރެއާގެ ރަސްކަމާއި ޗައިނާގެ ހާން ޑައިނާސްޓީއާ ދެމެދު ވަރަށް ގިނަ ހަނގުރާމަތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. 13 ވަނަ ޤަރުނުގައި މޮންގޯލުން ވަނީ ކޮރެއާއަށް ޙަމަލާދީފައެވެ. އޭގެ ފަހުން ކޮރެއާގެ ވެރީން ވެރިކަންކުރައްވަމުން ގެންދެވީ މޮންގޯލުންގެ ބައިވެރީންގެ ގޮތުގައެވެ. މޮންގޯލިޔަނުންގެ ބޮޑުވެރިކަން ވެއްޓިގެން ދިއުމަށްފަހު ވެސް ކޮރެއާގެ ކުރީން މިދެންނެވި ވެރީންގެ ވެރިކަން ދެމިއޮތެވެ. އެހެން ނަމަވެސް 1388 ޖޯސިއޯން ޑައިނާސްޓީ ވެރިކަމަށް އައިސް ކުރީގެ ވެރިންގެ ވެރިކަން ނިމުމަކަށް ގެނައެވެ. ރަސްގެފާނު ތިއޯޖީ، ކޮރެއާގެ ނަމަކީ ޖޯސިއޯން ކަމުގައި ހަމަޖެއްސަވާފައިވަނީ ޖޯސިއޯން ޑައިނާސްޓީގެ ވެރިކަމުގައެވެ. 1592 ވަނަ އަހަރާއި 1598 ވަނަ އަހަރާ ދެމެދު ޖަޕާނުން ކޮރެއާއަށް ޙަމަލާ ދިނެވެ. ޖަޕާނުގެ ލަޝްކަރުތައް ބޭނުންވީ ކޮރެއާ ތެރެއިން ލާފައި އޭޝިޔާއަށް ޙަމަލާދޭށެވެ. އެހެން ނަމަވެސް ޗައިނާގެ މިންގް ޑައިނާސްޓީގެ އެހީތެރިކަމާއެކު ޖަޕާނު މީހުންގެ އެދުން ކާމިޔާބުވާ ގޮތެއްނުވިއެވެ. 1943 ވަނަ އަހަރު ޤާހިރާގައި އެއްބަސްވެވުނު ޤަރާރުގައި އެއް ކޮރެއާގެ ގޮތުގައި މި ސަރަޙައްދު އޮތުމަށް ނިންމުނު ކަމުގައި ވިޔަސް ބިދެސީ ނުފޫޒުތަކާހުރެ ކޮރެއާ ބައިބައިވެ ދެ ޤައުމުގެ ގޮތުގައި އުފަންވެގެން ދިޔައެވެ. އުތުރު ކޮރެއާގެ ބެލެނިވެރިކަން އޮތީ ރަޝިޔާއަށެވެ. ދެކުނު ކޮރެއާގެ ބެލެނިވެރިކަން އޮތީ އެމެރިކާއަށެވެ. އުތުރު ކޮރެއާގެ ގޮތުގައި އެ ޤައުމުގެ ތާރީޚު ފެށިފައިވަނީ 1948 ވަނަ އަހަރުގައެވެ. 25 ޖޫން 1950 ގައި އުތުރު ކޮރެއާއިން އަލުން އެއީ އެއް ޤައުމެއް ކަމުގައި ހެދުމަށްޓަކައި ބާރުގެ ބޭނުންކުރަން ނިންމައި ޢަސްކަރީ ޙަރަކާތްތަކެއް ފެށިއެވެ. މީގެ ސަބަބުން ދެން ފެށިގެން އައީ މަޝްހޫރު ކޮރެއާ ހަނގުރާމައެވެ. މިހާރު ދެކޮރެއާގެ ދެމެދުގައި ވަނީ ޞުލްޙަވެރިކަމާއެކު އެއްބައި ވުމަށް ޤަރާރެއް އެކުލަވާލާފައެވެ. އެހެންކަމުން ކުރިމަގުގައި އަނެއްކާ ވެސް މިއީ އެއް ޤައުމެއްގެ ގޮތުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

އުތުރު ކޮރެއާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެ^ްނިކް ގޮތުންނާއި ބަހަވީ ގޮތުން އެންމެ ހޯމޯޖީނަސް އެއް ޤައުމެވެ. ވަރަށް މަދުން ނޫނީ އެހެން ނަސްލެއްގެ މީހުން ނޫޅޭ އުތުރުކޮރެއާގެ މުޅި އާބާދީގައިހެން ގާތް ގަނޑަކަށް ހިމެނެނީ ކޮރެއާ ނަސްލުގެ މީހުންނެވެ.

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއަކީ އެއް ސަގާފަތެއް ހިއްސާކުރާ ދެޤައުމެވެ. އެހެން ނަމަވެސް 1945 ގައި ދެ ޤައުމުވަކިވުމަށް ފަހުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ސަގާފަތަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.




#Article 284: ޖުމްހޫރީ ޗައިނާ (402 words)


ރިޕަބްލިކް އޮފް ޗައިނާ ނުވަތަ އަޅުގަނޑުމެން ޢާއްމުކޮށް ދަންނަ ގޮތުން ނަމަ ޓައިވާނަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ދައުލަތެކެވެ. ޓައިވާނަކީ އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ދައުލަތެއް ކަމުގައި ވިޔަސް، އަވަށްޓެރި ޗައިނާއިން ޓައިވާނުގެ މިނިވަންކަމެއް ޤަބޫލެއް ނުކުރެއެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އަދިވެސް އެ ޤައުމުގެ ބައެކެވެ. 

ޓައިވާނުގެ ރަސްމީ ބަހަކީ ސްޓޭންޑަރޑް މެންޑަރިންއެވެ. ލިޔެ އުޅެނީ ޓްރެޑީޝަނަލް ޗައިނީޒް އަކުރުންނެވެ. އިނގިރޭސި ބަހުން ޓައިވާނުގެ މީހުންނަށް ކިޔަނީ ޓައިވާނީޒްއެވެ. ނުވަތަ ޗައިނީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޓައިޕޭއެވެ. ޓައިވާނުގެ ވެރިރަށަކީ ވެސް ޓައިޕޭއެވެ.
ޓައިވާނަކީ ސެމީ ޕްރެޒިޑެންޝަލް ސިސްޓަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 23 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 50 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 36191 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tw. އެވެ. ކޯލިން ކޯޑަކީ +886 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނިއު ޓައިވާން ޑޮލަރެވެ.

ޓައިވާނުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ބައެއް ފަހަރު “ކޮމިއުނިސްޓް ޗައިނާ” އާއި ތަފާތު ކުރުމުގެ ގޮތުން ޓައިވާނަށް “ނޭޝަނަލިސްޓް ޗައިނާ” އޭ ވެސް ކިޔައެވެ. ހަމަ އެހެންމެ “ފްރީ ޗައިނާ” އޭ ވެސް ކިޔައެވެ. އަދި މިހާރު ޢާއްމު ގޮތެއްގައި ބައިނަލް އަޤްވާމީ ފޯރަމްތަކުގައި ކިޔަނީ “ޗައިނީޒް ޓައިޕޭ” އެވެ. “ޓައިވާން” މި ނަމަކީ ސިރާޔާ ބަހުން ނެގިފައިވާ ބަހެކެވެ.
ޖުޣުރާފީ
ޓައިވާނުގެ ހުޅަނގުގައި އޮތީ ޗައިނާއެވެ. ނުވަތަ ޓައިވާނުގެ މައިކަރައެވެ. ދެކުނުން އޮތީ ޖަޕާނެވެ. އެހެން ނަމަވެސް މިއީ ބިމުގެ ގޮތުން ގުޅިފައިވާ ބޯޑަރުތަކެއް ނޫނެވެ.

ރިޕަބްލިކް އޮފް ޗައިނާ ނުވަތަ ޓައިވާނު އުފެދުނީ 1911 ވަނަ އަހަރުގައެވެ. ޓައިވާނަކީ އިރުމަތީ އޭޝިޔާގެ ޖުމްހޫރިއްޔާތަކުގެ ތެރެއިން މިއަދާ ހަމަޔަށް ވެސް ޖުމްހޫރިއްޔަތު އޮތް ޤައުމުތަކަށް ބަލާއިރު، އެންމެ ދޮށީ ޖުމްހޫރިއްޔާއެވެ. 
ޓައިވާނު އުފެދުނު ފަހުން އެ ޤައުމު އަންނަނީ ސައިންސާއި ޓެކްނޮލޮޖީގައި އަދި އިޤްތިޞާދުގައި ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އަޅަމުންނެވެ. 
ދެހާސް އަހަރުގެ ދިގު ރަސްކަމަކަށް ފަހުގައި 1911 ވަނަ އަހަރު ޖުމްހޫރިއްޔާއެއްގެ ގޮތުގައި ޙަރަކާތްތައް ފެށުނު ކަމުގައި ވިޔަސް ޖުމްހޫރިއްޔާ ޤާއިމުވީ 1 ޖެނުއަރީ 1912 ގައެވެ. 7 ޑިސެމްބަރ 1949 ގެ ފަހުން ސަރުކާރު ހިންގަމުން ދަނީ ޓައިޕޭގައެވެ.
މިއަދު ވެސް ޗައިނާއިން ގެންދަނީ ޓައިވާނުން ފުރިހަމަ މިނިވަންކަމެއް އިޢުލާންކޮށްގެން ނުވާނެ ކަމަށް ބުނަމުންނެވެ. އަނެއްކޮޅުން ޓައިވާނުގެ ލީޑަރުން ވިދާޅުވަނީ ޗައިނާގައި އޮތް ކޮމިއުނިސްޓުންގެ ވެރިކަން ނިމުމަކަށް އައިސް ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއަކަށް ވެއްޖެ ނަމަ މައި ކަރައާ ގުޅުމަކީ މައްސަލައެއް ކަމަށް ޓައިވާނުން ނުދެކޭ ކަމުގައެވެ.
އެހެން ނަމަވެސް ޗައިނާގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާއި އެހެނިހެން ވެސް ޑިމޮކްރަސީއާ ޚިލާފު އުޞޫލުތައް އެހުރި ގޮތަށް ހުއްޓާ ޗައިނާގެ މައިކަރަ އާ ގުޅުމަކީ ޓައިވާނަށް ކުރެވޭނޭ ކަމެއް ނޫން ކަމުގައި ވެސް ޓައިވާނުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. 
ޓައިވާނުގެ އެންމެ ގާތް އެކުވެރިޔަކީ ޗައިނާގެ ހަތުރު އެމެރިކާއެވެ. ޓައިވާނަށް ޙަމަލާއެއް ދިނުމަށް ފަހު ޢަސްކަރީ ޙަރަކާތެއްގެ ތެރެއިން ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ހަދަން، ޗައިނާއިން ބޭނުންވި ކަމުގައި ވިޔަސް އެކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާއެވެ.
އެއީ އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެކަން ޗައިނާގެ ވެރިންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. މިހާރު ވެސް ޗައިނާ އާއި ޓައިވާނުން ގެންދަނީ ސިޔާސީ ދަރަޖައިގެ ވާހަކަތައް ބާއްވަމުންނެވެ.

ޓައިވާނުގެ އާބާދީގެ 98% މީހުންނަކީ ޗައިނާ ނަސްލުގެ މީހުންނެވެ. އަނެއް 2% މީހުންނަކީ އޮސްޓްރޮނޭޝިއަން އަދިވާސީންނެވެ. 
ދީންތަކަށް ބަލާއިރު ޓައިވާނުގެ 35.1% މީހުންނަކީ ބުދިސްޓުންނެވެ. 33% މީހުންނަކީ ޓާއޮއިސްޓުންނެވެ. 14% މީހުންނަކީ އެތީސްޓުންނެވެ. 3.9% މީހުންނަކީ ކްރިސްޓިއަނުންނެވެ. 3.5% މީހުންނަކީ އިކުން ޓާއޯއިންނެވެ.

ސަގާފަތަށް ބަލާއިރު ޗައިނާ އާއި ޓައިވާނުގެ ސަގާފަތުގައި މާބޮޑު ތަފާތެއް ނެތެވެ. އެހެން ނަމަވެސް ޑިމޮކްރަޓިކް ތަނަކަށް ވުމުން ތަފާތު ދީންތަކުގެ މީހުންނަށް ދީނީ އިޙްތިފާލުތައް ފާހަގަކުރުމުގެ ފުރުޞަތު މާބޮޑަށް ވެސް ހުޅުވިފައިވާތީ އެކަމުގެ ތަފާތު ފެނެއެވެ.




#Article 285: ސާބިއާ (389 words)


ސާބިޔާއަކީ މެދުތެރޭ އަދި އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.  

ސާބިޔާގެ ރަސްމީ ބަހަކީ ސާބިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސާބްސް ނުވަތަ ސާބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަލްގްރޭޑެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 86 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 88361 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ rs. އެވެ. ކޯލިން ކޯޑަކީ +381 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސާބިޔަން ދީނާރެވެ.

ސާބިޔާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ސާބިޔާއެވެ. 

ސާބިޔާގެ އުތުރުގައި އޮތީ ހަންގޭރީއެވެ.  އިރުމަތީގައި އޮތީ ރުމޭނިޔާ އާއި ބަލްގޭރިޔާއެވެ. ދެކުނުގައި އޮތީ ރިޕަބްލިކް އޮފް މެސެޑޯނިޔާ އާއި ކޮސޯވޯއެވެ. ހުޅަނގުގައި އޮތީ ކްރޮއޭޝިޔާ އާއި ބޮސްނިޔާހެރްޒެގޮވީނާ އާއި މޮންޓިނީގްރޯއެވެ. 

އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ސާބިޔާއަކީ ދިގު އަދި މުއްސަނދި ތާރީޚެއް އޮތް ތަނެކެވެ. މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނުގައި ރޯމަނުން މި ސަރަޙައްދު ފަތަޙަ ކުރުމުގެ ކުރީގައި ވެސް ސާބިޔާގައި މީހުން ދިރިއުޅެމުން އައިސްފައިވެއެވެ.
މި ގޮތުން އޭރު ސާބިޔާގައި ވަޒަންވެރިވެފައިވާ އެއް ބަޔަކީ ސެލްތުންނެވެ. ސެލްތުން ވަނީ ސާބިޔާ ސަރަޙައްދުގައި ވަރަށް ގިނަ ކިއްލާތައް ބިނާކޮށް، އެތައް ޝަހަރެއްގެ ބިންގާ އަޅައިފައެވެ.
މިއަދުގެ ސާބިޔާ ސަރަޙައްދުގައި ރޯމަން އެމްޕެރަރުންގެ ތެރެއިން މަދުވެގެން 17 ބޭފުޅުން އުފަންވެ ވަޑައިގެންފައިވެއެވެ. 
މިއީ ވެސް ރޯމަން އެމްޕަޔަރގެ ދުވަސްވަރުގައި މި ސަރަޙައްދުގެ މުހިއްމުކަން ދައްކައިދޭ ހެތްކެކެވެ. 
ސާބިޔާގެ ދައުލަތެއް ޤާއިމުވުން ގުޅިފައިވަނީ ބަލްކަން ސަރަޙައްދުގައި ދޮން ސާބުން ވަޒަންވެރިވުމާއެވެ. 
ސާބިޔާގެ މީހުން ނަޞާރާ ކުރުމުގެ އެންމެ ފަހު އަދި އެންމެ ކާމިޔާބު މަސައްކަތްތައް ހިނގާފައިވަނީ ޢީސާއީ މީލާދުގެ 867 އާއި 869 ވަނަ އަަހަރާ ދެމެދުގައެވެ.
މީލާދީން 1459 އާއި 1791 ވަނަ އަހަރާ ދެމެދު ސާބިޔާ ސަރަޙައްދުގައި ހިނގާފައިވަނީ އުސްމާނީންގެ ވެރިކަމާއި އޮސްޓްރިޔާ މީހުންގެ ވެރިކަމެވެ.
ސާބިޔާގެ އިންޤިލާބާއި މިނިވަންކަމުގެ ޙަރަކާތްތައް ހިނގާފައިވަނީ މީލާދީން 1804 ވަނަ އަހަރާއި 1878 ވަނަ އަހަރާ ދެމެދުގައެވެ.
މީލާދީން 1804 ވަނަ އަހަރުން 1817 ވަނަ އަހަރަށް ދެމިގެން ދިޔަ އިންޤިލާބީ ޙަރަކާތަކީ މިއަދުގެ މިނިވަން ސާބިޔާ ޤާއިމުވުމުގެ މައިގަނޑު ސަބަބެވެ. 
އުސްމާނީންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން ނަޞާރާ އާބާދީއެއް ސުލްޠާންއާ ދެކޮޅަށް ތެދުވީއެވެ. ފުރަތަމަ އިންޤިލާބަށް ފަހުގައި މާ ގިނަ ދުވަހެއް ނުވަނީސް އުސްމާނީން ވަނީ އަނެއްކާ ވެސް މި ސަރަޙައްދުގައި އެމީހުންގެ ވެރިކަން އިޢާދަކޮށްފައެވެ. 
ސާބިޔާގެ ތާރީޚަށް ބަލާއިރުގައި އެންމެ ފުރަތަމަ މިނިވަން ދައުލަތެއް ޤާއިމުވީ މީލާދީން 850 ގައެވެ. މެދުޒަމާނުގެ ރަސްކަން ފެށިފައިވަނީ މީލާދީން 1217 ގައެވެ. 
ސާބިޔަން އެމްޕަޔަރ ޤާއިމުވީ 1345 ގައެވެ. ސާބިޔާގެ މިނިވަންކަން ގެއްލުނީ 1459 ގައެވެ. 
ސާބިޔާގެ އިންޤިލާބުގެ ދުވަހަކީ 15 ފެބުރުއަރީ 1804 އެވެ. ވޮޖްވޮދީނާ އާއި ޔުނިފައިވެފައިވަނީ 25 ނޮވެންބަރު 1918 ގައެވެ. މިނިވަން ޖުމްހޫރިއްޔާއެއްގެ ގޮތުގައި މިހާރުގެ ސާބިޔާ ޤާއިމުވީ 5 ޖޫން 2006 ގައެވެ.

ސާބިޔާގެ ރައްޔިތުން ނިސްބަތްވާ ނަސްލުތަކަށް ބަލާއިރުގައި ހަންގޭރީން، ބޮސްނިއާކުން، އަލްބާނީން، ރޯމާ ޖިޕްސީން، ކްރޮއަތުން، ޗެކުން، ސްލޮވެކުން، މެސެޑޯނިޔަނުން، ބަލްގޭރިޔަނުން، ރުމޭނިޔަނުން، ޖަރުމަނުން، ސީނީން، ހިމެނެއެވެ.
ރޯމާ ޖިޕްސީންގެ ތެރެއިން 500000 އެއް ހައި މީހުން ސާބިޔާގައި ދިރިއުޅެއެވެ.

ސަގާފަތަށް ބަލާއިރުގައި ސާބިޔާއާ އެންމެ ގާތް ގުޅުމެއް އޮތް އެއް ޤައުމަކީ ރަޝިޔާއެވެ. 
ސާބިޔާ މީހުންނަކީ “މޯސްޓް ވެސްޓަނައިޒްޑް އޮފް ދަ އީސްޓަން އޮތޮޑޮކްސް ޕީޕަލް” އެވެ. މި ތަޢާރަފުން ސާބިޔާގެ މީހުންގެ ސަގާފީ ގުޅުންތައް ހާމަވެގެންދެއެވެ.

މުޅި ދުނިޔޭގައި ހައްދާ ރާސްބެރީގެ ތެރެއިން 20% ރާސްބެރީ (ނުވަތަ ތޫތު) ހައްދަނީ ސާބިޔާގައެވެ.
އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10810 ޑޮލަރެވެ.




#Article 286: ޝާދު (336 words)


ޗާޑް ނުވަތަ ޝާދަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. 

ޝާދުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހާއި ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޗާޑިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އެންޑިޖަމޭނާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ޖުމްހޫރީ ސަރުކާރެއް އޮންނަ ތަނެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 74 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.28 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ td. އެވެ. ކޯލިން ކޯޑަކީ +235 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސީ.އެފް.އޭ ފްރޭންކެވެ.

ޝާދުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗާޑް ނުވަތަ ޖުމްހޫރިއްޔަތު ^ްޝާދެވެ. މި ޤައުމަށް މި ނަން ކިޔާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެެއް މުޅިން ސާފުވެފައި ނުވާ ކަމަށް މި ޤައުމާ ބެހޭ ގޮތުން ހުރި ބައެއް ލިޔުންތަކުން ފެނެއެވެ.

ޝާދުގެ އުތުރުގައި އޮތީ ލީބިޔާއެވެ. އިރުމަތީގައި އޮތީ ސޫދާންއެވެ. ދެކުނުގައި އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެމަރޫން އާއި ނައިޖީރިއާއެވެ. ހުޅަނގުގައި އޮތީ ނީޖަރެވެ. 
މި ޤައުމު އޮތް ތަން ކަނޑާ ދުރު ކަމުންނާއި މި ޤައުމުގެ ބިމަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ބައެއް ފަހަރު މި ޤައުމަށް ޑެޑް ހާޓް އޮފް އެފްރިކާއޭ ވެސް ކިޔައެވެ.

ޢީސާއީ މީލާދުގެ 7 ސާސްކަފު ކުރީގައި ޝާދުގެ އުތުރު ކޮޅުގައި އޮތް ބިމަކީ އިންސާނުން ދިރި އުޅުމަށް ވަރަށް ވެސް އެކަށީގެންވާ ބިމެކެވެ. 
އަދި މި ސަރަޙައްދުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެފްރިކާ ބައްރަށް ބަލާއިރުގައި އާސާރީ ގޮތުން އެންމެ މުހިއްމު މަޤާމުތައް ނުވަތަ ތަންތަން އެންމެ ގިނައިން ހުރި އެއް ޤައުމަކީ ޝާދެވެ. 
މީގެ ތެރެއިން ބައެއް ތަންތަނުގެ ކާބަން ޑޭޓިން ހަދާލުމުން ނުކުންނަ ނަތީޖާއަކީ މި ތަންތަނަކީ ޢީސާއީ މީލާދުގެ 2000 އަހަރަށް ވުރެ ވެސް ކުރީގައި ބަޔަކު ޢިމާރާތްކޮށްފައިވާ ތަންތަން ކަމުގައެވެ. 

ފަރަންސޭސި އިސްތިޢުމާރީން މި ހިސާބަށް އައިސްފައިވަނީ 20 ވަނަ ޤަރުނު ފެށުނުތަނާހެންނެވެ. ފަރަންސޭސި ވިލާތުން ވަނީ މި ޤައުމަކީ އެމީހުންގެ ފުރިހަމަ ވެރިކަން ހިނގާ ސަރަޙައްދެއް ކަމުގައި ހަދާފައެވެ. 
އަދި މިއީ ފްރެންޗް އިކުއެޓޯރިއަލް އެފްރިކާގެ ބައެއްގެ ގޮތުގައި ފަރަންސޭސީން ޝާދު ހިންގަމުން އައެވެ. 
ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި އޮތް އެހެން ތަންތަނާ ޚިލާފަށް ޝާދަކީ ފަރަންސޭސީންގެ އަޅައިލުން މާ ބޮޑަކަށް ލިބުނު ތަނެއް ނޫނެވެ. 
ތަޢުލީމީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް މި ތަން ކުރި އެރުވުމަށް ޓަކައި މާ ބޮޑު ކަމެއް ފަރަންސޭސީން ކޮށްފައި ނުވާ ކަމުން ޝާދަކީ ފަރަންސޭސީން މާ ބޮޑު އަހައްމިޔަތެއް ދިން ތަނެއް ނޫންކަމަށް ޤަބޫލު ކުރުމުގެ ފުރުޞަތު އެބައޮތެވެ.
ފަރަންސޭސި އިސްތިޢުމާރުގެ ދަށުން ޝާދަށް މިނިވަންކަން ލިބިފައިވަނީ 11 އޯގަސްޓް 1960 ގައެވެ.

ޝާދުގެ އާބާދީގެ ތެރެއިން 74.8% މީހުން ދިރިއުޅެނީ ރަށްފުށުގެ ހިސާބުތަކުގައެވެ. އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި ކުޑަކުދީންނެވެ. 
އުފަންވާ ރޭޓަކީ ކޮންމެ ހާހަކަށް 42.35 އެވެ. އެވަރެޖު ޢުމުރަކީ 47.2 އަހަރެވެ. 

މީހުންގެ ތަފާތު ކަމާއި ޤައުމުގައި ބޭނުންކުރެވޭ ބަސްތަކުގެ ގިނަކަމުން ޝާދަކީ ވަރަށް ވެސް މުއްސަނދި ސަގާފަތެއް ލިބިފައިވާ ޤައުމެކެވެ.




#Article 287: ޗެކް ޖުމްހޫރިއްޔާ (353 words)


ޗެކް ރިޕަބްލިކް ނުވަތަ ޗެކް ޖުމްހޫރިއްޔާއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. 

ޗެކް ޖުމްހޫރިއްޔާގެ ރަސްމީ ބަހަކީ ޗެކް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޗެކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕްރާހާއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 78 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 78866 އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ cz. އެވެ. ކޯލިން ކޯޑަކީ +420 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

މި ޤައުމަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވެސް އިނގިރޭސީން ކިޔަމުން އައި ނަމަކީ ބޮހެމިއާއެވެ. މި ޤައުމަށް 1918 ވަނަ އަހަރުގައި މިނިވަންކަން ލިބުމުން ޤައުމުގެ ނަމަކީ ޗެކޮސްލޮވާކިޔާ ކަމުގައި ހަމަޖެއްސިއެވެ. އެއީ ބޮހޭމިއާ (ޗެކް) އާއި ސްލޮވާކުން ގުޅިގެން އުފެދިފައިވާ ޤައުމެއްކަން ދެއްކުމުގެ ގޮތުންނެވެ.

ޗެކް ޖުމްހޫރިއްޔާގެ އިރުއުތުރުގައި އޮތީ ޕޮލޭންޑެވެ. ހުޅަނގު އަދި ހުޅަނގު އުތުރުގައި އޮތީ ޖަރުމަނެވެ. ދެކުނުގައި އޮތީ އޮސްޓްރިޔާއެވެ. އިރުމަތީގައި އޮތީ ސްލޮވާކިޔާއެވެ.
ޗެކް ޖުމްހޫރިއްޔާގެ ބިމަކީ ވަރަށް ތަފާތު މޫސުމީ ބިމެކެވެ. ހުޅަނގުގައި އޮންނަ ބޮހޭމިއާ ސަރަޙައްދުގައި ދެ ކޯރެއްގެ ސަބަބުން އުފެދިފައިވާ ބޭސިންއެއް އޮތްކަން ފާހަގަ ކުރެވެއެވެ. ބިން ބަންދު ޤައުމެއްގެ ގޮތުގައި ޗެކް ޖުމްހޫރިއްޔާގެ ކޯރުތަކުން ތިން ކަނޑަކަށް ފެން ބޭރުވެއެވެ. އެއީ އުތުރު ކަނޑާއި، ބަލްތީ ކަނޑާއި، ކަޅު ކަނޑެވެ.

އާސާރީ ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޗެކް ރިޕަބްލިކް އޮތް ތަނުގައި ވަރަށް ކުރީއްސުރެ އިންސާނުންވަނީ ދިރިއުޅެން ފަށާފައެވެ.
މީީލާދީން 1 ވަނަ ޤަރުނުގައި އަލްމާނީ ޤަބީލާތަކުން މި ސަރަޙައްދުގައި ވަޒަންވެރިވިއެވެ. ހިޖުރައިގެ މުއްދަތުގައިި، މީލާދީން 5 ވަނަ ޤަރުނުގެ ތެރޭގައި އަލްމާނީ ޤަބީލާތަކުން ވަނީ ހުޅަނގު އަދި ދެކުނަށް ދަތުރުކޮށްފައެވެ. 
ހަމަ މި ގޮތުން ސްލެވިކް ދަރިކޮޅުތަކުގެ މީހުން ކަޅު ކަނޑު ހުރަސްކޮށް އައިސް މި ހިސާބުގައި ވަޒަންވެރިވިއެވެ. 
ބޮހެމިއަން ސްޓޭޓް ނުވަތަ ޗެކް ދައުލަތް، ދައުލަތެެއްގެ ގޮތުގައި ފާޅުވީ މީލާދީން 9 ވަނަ ޤަރުނުގެ ފަހު ކޮޅުގައެވެ. އެއީ ޕްރެމީސްލިޑް ދަރިކޮޅުގެ މީހުންގެ ވެރިކަމުގައި އެމީހުން މި ސަރަޙައްދުގައި އެއްބައިވަންތަ ވެރިކަމެެއް ކުރަން ފެށުމާ ގުޅިގެންނެވެ.
މީލާދީން 13 ވަނަ ޤަރުނަކީ އަލްމާނީންގެ ހިޖުރަކުރުންތައް އަނެއްކާ ވެސް އިތުރުވެގެން ދިޔަ ދައުރެކެވެ. 
މި މީހުން އަވަށްތަކާއި ޓައުންތައް ޤާއިމުކުރިއެވެ. އަދި ޗެކް ބިންތަކުގައި ޖަރުމަނުގެ ކޮލޮނީތައް ވެސް ހެދިއެވެ. 
މީލާދީން 1347 ވަނަ އަހަރުން ފެށިގެން 1352 ވަނަ އަހަރާ ހަމަޔަށް ޔޫރަޕުގައި ފެތުރުނު ކަޅުމަރު ނުވަތަ ޠާޢޫންގެ ސަބަބުން ކިންގްޑަމް އޮފް ބޮހޭމިޔާއިން އެކަނި ވެސް އެތަނުގެ އާބާދީގެ 10% މީހުން މަރުވިއެވެ. މީލާދީން 1526 ވަނަ އަހަރުން ފެށިގެން ބޮހޭމިޔާ ވަރަށް ބޮޑަށް ހެބްސްބާގުންގެ ބާރުގެ ދަށަށް ދިޔައެވެ. ހެބްސްބާގުންނަކީ ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވިފައިވާ، އަދި ވިރާސީ ވެރިންނެވެ. ހެބްސްބާގުން ވަނީ ކެތަލިކް މަޒުހަބު ނޫން އެހެން ދީނަކަށް ނޫޅެވޭނެ ކަމަށް ކަނޑައަޅާފައެވެ. 
ތުރުކީގެ އުސްމާނީންނާއި ތަތާރުން 1663 ގައި މޮރާވިއާއަށް ޙަމަލާ ދިނެވެ. އެމީހުން 12000 މީހުން އަޅުވެތިކޮށްފައިވެއެެެވެ.

ޗެކް ރިޕަބްލިކްގެ އާބާދީގެ 94.24% އަކީ ޗެކުންނެވެ. ސްލޮވެކުންގެ 1.89% އާއި ޕޮލިޝް މީހުންގެ 0.51% މީހުންނާއި ޖަރުމަނުންގެ 0.38% މީހުންާއި މީގެ އިތުރުން ވެސް އެހެން ނަސްލުތަކުގެ މީހުންނެވެ.

ޗެކް ރިޕަބްލިކއ އަކީ ވަރަށް ޒަމާންޗީ ދިގު ޙަޟާރަތެއް ލިބިގެންވާ ޤައުމެކެވެ.




#Article 288: ބެލްޖިއަމް (383 words)


ކިންގްޑަމް އޮފް ބެލްޖިއަމް އަކީ ހުޅަނގު އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ބެލްޖިއަމްއަކީ ޔޫރަޕިއަން ޔޫނިއަންގެ ފައުންޑިން މެންބަރެކެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ހެޑްކުއާޓަރ ވެސް ހުންނަނީ ބެލްޖިއަމްގައެވެ. 

ބެލްޖިއަމްގެ ރަސްމީ ބަހަކީ ޑަޗް ބަހާއި، ފަރަންސޭސި ބަހާއި ޖަރުމަނު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބެލްޖިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްރަސަލްސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ހެޑްކުއާޓަރ ވެސް ހުންނަނީ ބްރަސަލްސްގައެވެ.
މި ޤައުމަކީ ފެޑެރަލް ޕާލަމެންޓަރީ ޑިމޮކްރަސީއެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 76 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 30528 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ be. އެވެ. ކޯލިން ކޯޑަކީ +32 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ބެލްޖިއަމްގެ ނަން ނެގިފައިވަނީ ގާލިއާ ބެލްޖިކާ މި ނަމުންނެވެ. އެއީ ސެލްޓިކް އަދި ޖަރުމަނު ނަސްލުގެ ބައެއް ކަމުގައިވާ ބެލްގާއީން މި ސަރަޙައްދުގައި ދިރިއުޅުމުގެ ސަބަބުން ދީފައިވާ ނަމެކެވެ.

ބެލްޖިއަމާ އެއްކޮށް ބޯޑަރު ޙިއްޞާ ކުރާ ޤައުމުތަކަކީ ފަރަންސޭސި ވިލާތާއި، ޖަރުމަނާއި ލަގްޒެންބާގާއި ނެދަލޭންޑްސްއެވެ.

ޢީސާއީ މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނުގައި ދޭސީ ޤަބީލާތަކުގެ މީހުން ބަލި ކުރުމަށް ފަހުގައި ރޯމަނުންގެ މީހުން ގޭލިއާ ބެލްޖިކާ ޕްރޮވިންސް ޤާއިމްކުރިއެވެ.
މީލާދީން 1830 ވަނަ އަހަރުގައި ބެލްޖިއަމް ނެދަލޭންޑްސްގެ އަތްދަށުން މިނިވަންވިއެވެ. 
އެންމެ ފުރަތަމައަށް ބެލްޖިއަމްގެ ރަސްމީ ބަހެއްގެ ގޮތުގައި އޮތީ ފަރަންސޭސި ބަހެވެ. އެހެން ނަމަވެސް ޑަޗް ބަހަކީ ވެސް ރަސްމީ ބަހެއް ކަމުގައިިި 1898 ވަނަ އަހަރުގައި ހަމަޖެހުމާ ގުޅިގެން ފަރަންސޭސި ބަހުގެ މުހިއްމުކަން ބެލްޖިއަމްގައި ކޮންމެވެސް ވަރަކަށް ކުޑަވެގެން ދިޔައެވެ. އަދި 1967 ގައި ޑަޗް ބަހުން އޮތް ޤާނޫނުއަސާސީއަކީ ވެސް ރަސްމީ ގޮތުން މަޤްބޫލު އެއްޗަކަށް ވުމާ ގުޅިގެން ޑަޗް ބަހަށް ދެވޭ އިސްކަން ބޮޑުވެގެން ދިޔައެވެ.
ޖަރުމަނުން ވަނީ 1914 ވަނަ އަހަރުގައި ބެލްޖިއަމަށް ޙަމަލާ ދީފައެވެ. މި ކުރިމަތިލުންތަކުގައި ބެލްޖިއަމް އިން ވަނީ ޖަރުމަނުގެ ވެރިކަމުގެ ދަށުގައި ހުރި ބައެއް ތަންތަން ހިފާފައެވެ. މި ގޮތުން ރުއަންޑާ-އުރުންޑީ ވެސް ހިމެނެއެވެ. އެއީ މިއަދުގެ ރުވާންޑާ އާއި ބުރުންޑީއެވެ. މި ތަންތަން ލީގް އޮފް ނޭޝަންސް އިން 1924 ވަނަ އަހަރު ބެލްޖިއަމްގެ މެންޑޭޓްގެ ތެރެއަށް ލިއެވެ.
ބެލްޖިއަމް މިނިވަން ވެފައިވަނީ 4 އޮކްޓޯބަރު 1830 ގައެވެ. ބެލްޖިއަމްގެ މިނިވަންކަން ޤަބޫލުކުރެވިފައިވަނީ 19 އެޕްރީލް 1839 ގައެވެ. 
ބެލްޖިއަމް އިން ޔޫރަޕިއަން ޔޫނިއަންއާ ގުޅިފައިވަނީ 25 މާރިޗު 1957 ގައެވެ.

މި ގޮތުން އިޓަލީގެ 171918 މީހުންނާއި، 125061 ފަރަންސޭސީންނާއި، 116970 ލަންދޭސީންނާއި، 80579 މަޣުރިބީން (އެފްރިކާ ބައްރުގެ މީހުން) ނާއި، 42765 އިސްޕޭނު މީހުންނާއި، 39419 ތުރުކީންނާއި، 37621 ޖަރުމަނުން ހިމެނެއެވެ.

ބެލްޖިއަމްއަކީ މައިގަނޑު ތިން ބަހަކުން ވާހަކަ ދައްކާ ޤައުމަކަށް ވެފައި، އެ ތިން ބަހަކީ ވެސް ޤައުމުގެ ރަސްމީ ބަހުގެ ދަރަޖަ ލިބިފައިވާ ބަސްތަކަށް ވީ ކަމުގައި ވިޔަސް، ބެލްޖިއަމްގެ ތަފާތު ނަސްލުތަކުގެ މީހުންނަކީ ވަރަށް ގުޅިގެން އުޅޭ ބައެކެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ބެލްޖިއަމަށް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ސަގާފީ ގޮތުންނާއި ފަންނީ ގޮތުން ވެސް ބެލްޖިއަމްގެ މީހުން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. 

ބެލްޖިއަމްގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ބަވަނަވެފައިވާ އިޤްތިޞާދެކެވެ. އެހެން ކަމުން ބެލްޖިއަމްގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ޔޫރަޕުގެ އެހެން ޤައުމުތަކާ ގުޅިލާމެހިފައެވެ. 
ބެލްޖިއަމް އޮތް ތަނުގެ ގޮތުންނާއެކު އެތަން ވެފައިވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދައަށް ވިޔަފާރި ހިންގާ ޤައުމުތަކުގެ ތެރެއިން 15 ވަނަ ޤައުމަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36415 ޑޮލަރެވެ.




#Article 289: ޕޯޗުގަލް (838 words)


ޕޯޗުގަލް ނުވަތަ ދިވެހީން ކިޔާ ގޮތުން ނަމަ ފުށެތިކާލަކީ ހުޅަނގުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ޕޯޗުގަލް އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ. ޔޫރަޕުގެ މައިކަރައިގެ އެންމެ ހުޅަނގުގައި އޮތް ޤައުމަކީ ވެސް ޕޯޗުގަލްއެވެ.

ޕޯޗުގަލްގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕޯޗުގީޒްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލިސްބަންއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 77 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 92090 އަކަކިލޯމީޓަރެވެ. 1928 ވަނަ އަހަރުން ފެށިގެން ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pt. އެވެ. ކޯލިން ކޯޑަކީ +351 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ޕޯޗުގަލްގެ ނަން ނެގިފައިވަނީ ރޯޯމަން ނަމެއް ކަމުގައިވާ ޕޯޗުސް ކާލޭ މި ނަމުންނެވެ. އެއީ މުޅި އިބޭރިއަން ޕެނިންސޫލާއަށް ވެސް ނިސްބަތްކުރެވުނު ނަމެކެވެ.

ޕޯޗުގަލްގެ ހުޅަނގުގައި އަދި ދެކުނުގައި އޮތީ އެޓްލާންޓިކް މާކަނޑެވެ. އިރުމައްޗާއި އުތުރުގައި އޮތީ ސްޕެއިނެވެ.

ޕޯޗުގަލް ޖުމްހޫރިއްޔާއަކަށް ވެފައިވަނީ 5 އޮކްޓޯބަރު 1910 ގައެވެ. އީ.ޔޫ ގައި ބައިވެރިވީ 1 ޖަނަވަރީ 1986 ގައެވެ.

މީލާދީން 1497 ވަނަ އަހަރުން ފެށިގެން މީލާދީން 1650 ގެ އަހަރުތަކާ ހަމަޔަށް ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު އެކި ކަހަލަ މުޢާމަލާތުތައް ހިނގާފައިވާ ކަމަށް ތާރީޚުން ދައްކައެވެ. މި މުއްދަތުގެ ތެރޭގައި 15 އަހަރާއި ދުވަސްކޮޅަކު ޕޯޗުގީޒުންގެ ދަށުގައި ދިވެހިރާއްޖޭގެ ވެރިކަން އޮތްކަން ފާހަގަ ކުރެވެއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ޕޯޗުގީޒުންގެ ދަށަށް ދިޔައީ 1 ޝަޢުބާން 965 ހ. (18 މެއި 1558 މ.) ވީ ބުދަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ވެރިކަން ޕޯޗުގީޒުންގެ ސީދާ ވެރިކަމުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް އައީ 1 ރަބީޢުލްއައްވަލް 981 ހ. (1 ޖުލައި 1573 މ.) ވީ ބުދަ ދުވަހުއެވެ. 
ޕޯޗުގީޒުންގެ ދަށަށް ދިވެހިރާއްޖޭގެ ވެރިކަން ދާން މެދުވެރިވި ސަބަބަކީ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި އައްސުލްޠާން ޙަސަން (ނުވަވަނަ) ގެ ވެރިކަން ނިމުމަކަށް ގެނެސް އެހެން ބަޔަކު އެވެރިކަމުގެ މައްޗަށް ގަދަވެގެންފާނޭ ކަމަށް އެ ރަދުންނަށް ހީފުޅުވުމުން އެ ރަދުންގެ ރަސްކަން ސަލާމަތްކުރުމުގެ ގޮތުން އިންޑިޔާގައި ތިބި ޕޯޗުގީޒުންގެ އެހީއަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. 
ޕޯޗުގީޒުންގެ މަދަދު ހޯއްދަވަން އުޅުއްވުމުގެ ތެރޭގައި 9 ވަނަ ޙަސަން ރަސްގެފާނު ވަނީ ޕޯޗުގީޒުންގެ ދީން ކަމުގައިވާ ނަޞާރާދީނަށް ވެސް ވެދެވަޑައިގެންފައެވެ. 
އެ ރަދުންނަކީ، އިންޑިޔާގެ މަލަބާރުން ދިވެހިރާއްޖެއަށް އައި މުސްލިމް ޢައްބާސް އަލްހިލާލީ ގެ ފުތް ހިލާލީ ކަލޯ ގެ ދަރިކަލުން (އަދި ދިވެހިރާއްޖޭގެ ރަދުން) އައްސުލްޠާން ޙަސަން (އެއްވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޔޫސުފް (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޢުމަރު (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ކަޅު މުޙައްމަދު ރަދުނަށް ފުރަސޫތާވި ޢުމަރު މާފަތް ކިލެގެފާނުގެ ދަރިކަލުން އައްސުލްޠާން ޙަސަން (9 ވަނަ) އެވެ. ނަޞާރާދީނަށް ވެދެވަޑައިގަތުމަށް ފަހު އެ ރަދުންގެ ނަންފުޅެއް ކަމުގައި ހަމަޖެހުނީ ކިންގް ޑޮމް މަނުއެލްއެވެ. 
ދީން ބަދަލުކުރެއްވުމަށް ފަހު ނުވަވަނަ ޙަސަން ރަސްގެފާނު (ނުވަތަ ކިންގް ޑޮމް މަނުއެލް) ކޮއްޗޭ (ކޮޗިން) ގައި ހުންނެވި، ޕޯޗުގީޒުންގެ މާތް ބޭފުޅެއް ކަމުގައިވާ، އެއިތޯރް ޑި ސޫޒާ ޑި އަތައީޑްގެ ދަރިކަނބަލުން ޑޯނާ ލިއަނޯރް ޑި އަތައީޑް އާ ކައިވެނި ބައްލަވައިގަތެވެ.
މީލާދީން 1554 ގައި ކިންގް ޑޮމް މަނުއެލްގެ އަނބިކަނބަލުންގެ ބައްޕާފުޅު ދިވެހިރާއްޖޭގައި އަވަހާރަވިއެވެ.
ނުވަވަނަ ޙަސަން ރަސްގެފާނާއި އެރަދުންގެ ޕޯޗުގީޒު ރަނިކަނބަލުންނަށް 3 ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. ފިރިހެން ބޭފުޅުންނަކީ ޑޮމް ފްރެންސިސްކޯ އާއި ޑޮމް ޜޮއާއޯ އާއި ޑޮމް ޕޭދްރޯ އާއެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނަންފުޅު އެނގޭ ބޭފުޅަކީ ކެތަރީނާއެވެ.
ޑޮމް ފްރެންސިސްކޯ އަވަހާރަވީ ޕޯޗުގަލްގެ ލިސްބަންގައެވެ. ނުވަވަނަ ހަސަން ރަސްގެފާނު، ނުވަތަ ޑޮމް މަނުއެލް އަވަހާރަވެފައިވާ ކަމަށް ތާރީޚީ ލިޔުންތަކުން ފެންނަނީ މީލާދީން 1583 ހާ ތާނގައެވެ. 
މީލާދީން 1591 ހާ ތާނގައިި ކޮޗިނުގައި ތިބި ނުވަވަނަ ޙަސަން ރަސްގެފާނުގެ ޢާއިލާގެ ބޭފުޅުންވަނީ ގޯވާއަށް ބަދަލުވެވަޑައިގެންފައެވެ.
ނުވަވަނަ ޙަސަން ރަސްގެފާނު (ކިންގް ޑޮމް މަނުއެލް) އަށް ފަހު ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޤަބު ޕޯޗުގީޒުން ދީފައިވަނީ ޑޮމް ޜޮއާއޯއަށެވެ. ޑޮމް ޜޮއާއޯ އަވަހާރަވެފައިވާ ތާރީޚެއް އެނގެން ނެތް ކަމުގައި ވިޔަސް، އެމަނިކުފާނު އަވަހާރަވެފައިވަނީ މީލާދީން 1606 ވަނަ އަހަރުގެ ކުރީން ކަމަށް ތާރީޚީ ލިޔުންތަކުން ދައްކައެވެ. 
ޑޮމް ޜޮއާއޯ ކައިވެނި ބައްލަވައިގަތީ ޑޯނާ ފްރަންސިސްކާ ވެސްކޮންސެލަސް ނަމަކަށް ކިޔާ ޕޯޗުގީޒު އަންހެން ބޭކަނބަލަކާއެވެ. މި ދެކަނބަލުންނަށް ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ފިރިހެން ބޭފުޅާއަކީ ޑޮމް ފިލިޕްއެވެ. އަންހެން ބޭފުޅާއަކީ ޑޯނާ އިނޭޒްއެވެ. ޑޮމް ފިލިޕް އަވަހާރަވެފައިވަނީ ޒުވާން ޢުމުރުފުޅުގައި، ކައިވެނިފުޅެއް ވެސް ނުކުރައްވައި ހުންނަވަނިކޮށެވެ. ޑޯނާ އިނޭޒް އާ ޕޯޗުގީޒުންގެ މާތް ޢާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެން ދެ ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. 
އެއީ ޑޮމް މެލުއިޒް ނުވަތަ ދިވެހީން ކިޔާގޮތަށް ނަމަ ދޮން މަލަވީޒް (Dom Meluis) އާއި ޑޮމް ލުއީޒް ޑިސޫޒާ ނުވަތަ ދޮން ލަވީޒް (Dom Luis) އެވެ. 
މި ދެބޭފުޅުން ވަނީ މީލާދީން 1649 ވަނަ އަހަރުގައި، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި، ގޯވާއިން ދިވެހިރާއްޖެއާ ހަނގުރާމައަށް ވަޑައިގެންފައެވެ. 
މި ކުރިމަތިލުމުގައި ދެ ފަރާތުންމެ ބަޑީގެ ޙަމަލާތައް ބަދަލުކުރިއެވެ. ދޮން މަލަވީޒު ގައިކޮޅަށް އުންޑައެއް އަރައި އެމަނިކުފާނު އަވަހާރަވީއެވެ. ޑޮމް ލުއީޒް ގައިކޮޅަށް ވެސް އުންޑައެއް އެރިއެވެ. އެހެން ނަމަވެސް އެމަނިކުފާނު އަވަހާރައެއް ނުވެއެވެ. އެމަނިކުފާނު މާލެ އަތޮޅު ހުރާގައި ބަންދު ކުރެވުނީއެވެ. މި ހުންނެވި ހުންނެވުމުގައި، އެ މަނިކުފާނު ހުރާ ގަނޑުވަރުދޮށުގޭ އާމިނާފުޅާ ކައިވެނި ބައްލަވައިގެން ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން ދުނިޔޭގައި ހުންނެވި ބޭފުޅަކީ ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނެވެ. އެހެން ކަމުން ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނަކީ، މުސްލިމް ޢައްބާސް އަލްހިލާލީ ގެ ފުތް ހިލާލީ ކަލޯ ގެ ދަރިކަލުން (އަދި ދިވެހިރާއްޖޭގެ ރަދުން) އައްސުލްޠާން ޙަސަން (އެއްވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޔޫސުފް (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ޢުމަރު (ދެވަނަ) ރަދުނަށް ފުރަސޫތާވި އައްސުލްޠާން ކަޅު މުޙައްމަދު ރަދުނަށް ފުރަސޫތާވި ޢުމަރު މާފަތް ކިލެގެފާނުގެ ދަރިކަލުން އައްސުލްޠާން ޙަސަން (9 ވަނަ ނުވަތަ ކިންގް ޑޮމް މަނުއެލް) ރަދުނަށް ފުރަސޫތާވި ޑޮމް ޜޮއާއޯ ގެ ޑޯނާ އިނޭޒް ގެ ޑޮމް ލުއީޒް ޑިސޫޒާ ގެ ދަރިކަލުން ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނެވެ. ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނު އުފަންވެ ވަޑައިގެންފައިވަނީ މީލާދީން 1652 ވަނަ އަހަރު ހާ ތާނގައެވެ. 
ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނުގެ ބައްޕާފުޅު ޑޮމް ލުއީޒް ފަހުން ވަނީ އަނެއްކާ ވެސް ގޯވާއަށް ވަޑައިގެންފައެވެ. އޭގެ ފަހުން އެމަނިކުފާނު ދިވެހިރާއްޖެއަށް ވަޑައިގަތް ކަމެއް އެނގޭކަށެއް ނެތެވެ. ތާރީޚީ ލިޔުންތަކުން ފެންނަ ގޮތުގައި ޑޮމް ލުއީޒް ޑިސޫޒާ އަވަހާރަވެފައިވަނީ މީލާދީން 1656 ހާ ތާނގައެވެ.
ދިވެހި ތާރީޚުގައި މަޝްހޫރު ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްްޒުއްދީން އަކީ، މި ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނު ގެ ޙުސައިން ދަހަރަދަ ކަލޭގެފާނު ގެ މުޙައްމަދު ފާމުލަދޭރި ތަކުރުފާނު ގެ އައްސުލްޠާން ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ނެވެ.
ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ދަރިކޮޅުތަކުގެ ދިރާސާ ކުރައްވައި ފޮތްތައް ޝާއިޢުކުރައްވަމުން ގެންދަވާ އަލްފާޟިލާ ފާޠިމަތު މުނީރާ އަކީ، ހުރާ ދޮން މަރުދުރު ފަނޑިޔަތް ކަލޭގެފާނުގެ އިބްރާހީމް އެދުރު ތަކުރުފާނުގެ ޢަލީ ބޮޑު މުރީދު ތަކުރުފާނުގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ މޫސާ ދީދީގެ ތުއްތުދީދީ (ޢާއިޝަތު ދީދީ) ގެ ދޮން ދީދީ (އަމަތުﷲ ދީދީ) ގެ މާކޮށާރު ޙަސަން ދީދީ (ނުވަތަ ނެލުގޭ ޙަސަންދީދީ) ގެ ނެލުގޭ މޫސާދީދީގެ ފާޠިމަތުދީދީ (ފާޠިމަތު މުނީރާ) އެވެ.
ކޮންމެ އަކަސް މިހުރިހާ ކަމެއް މިހެން ހުރުމާ ވެސް އެކު، ޕޯޗުގީޒުންނާއި ދިވެހިންނާ ދެމެދު ހިނގާފައި ހުރި މުޢާމަލާތުތަކާއި އުފެދުނު ގުޅުންތަކަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ހަނދާނަށް ގެނެވޭނޭ ތާރީޚީ ހާދިސާތަކަކަށްވަނީ ވެފައެވެ.

ޕޯޗުގަލްގެ ތާރީޚުގެ ވަރަށް ބޮޑު ބައެއްގައި އެތަނުގައި އުޅެފައިވަނީ އެއް ނަސްލެއްގެ މީހުން ކަމަށް ވިޔަސް، މިހާރު ޕޯޗުގަލްއަކީ ވަރަށް ގިނަ ނަސްލުގެ މީހުން ދިރިއުޅެމުން ގެންދާ ތަނެކެވެ.

ޕޯޗުގީޒުގެ ދިގު ތާރީޚުގައި އެ ޤައުމުގައި ވަނީ ވަރަށް މުއްސަނދި ސަގާފަތެއް އުފެދިފައެވެ. 




#Article 290: ޔޫނާން (364 words)


ދިވެހި ބަހުން ޔޫނާނޭ ކިޔާ ގްރީސް އަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ޔޫނާނުގެ ރަސްމީ ބަހަކީ ޔޫނާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގްރީކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އެތީނާ ނުވަތަ އެތެންސެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 11 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 73 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.13 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gr. އެވެ. ކޯލިން ކޯޑަކީ +30 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ޔޫނާނުގެ ނަމަށް ބަލާއިރުގައި ދިވެހި ބަހުން މި ޤައުމަށް ކިޔާ ނަން ކަމުގައިވާ ޔޫނާން މި ބަސް، ދިވެހިބަހަށް އައިސްފައިވަނީ ޢަރަބި ބަހުގެ ތެރެއިންނެވެ. މި ޤައުމަށް އިނގިރޭސީން ކިޔާ އެއް ނަމަކީ ގްރީސްއެވެ. އަނެއް ނަމަކީ ހެލާސްއެވެ. ރަސްމީ ގޮތުން ކިޔާ ނަމަކީ ހެލެނިކް ރިޕަބްލިކެވެ.

ޔޫނާން އޮންނަނީ ބަލްކަން ޕެނިންސޫލާގެ ދެކުނު ކޮޅުގައެވެ. ޔޫނާނުގެ އުތުރުގައި އޮންނަނީ އަލްބޭނިޔާ އާއި ރިޕަބްލިކް އޮފް މެސެޑޯނިޔާގެ އިތުރުން ބަލްގޭރިއާއެވެ. އިރުމަތީގައި އޮތީ ތުރުކީއެވެ.

މިއަދުގެ ޔޫނާނަކީ ޤަދީމީ ޔޫނާނާ ގުޅުން ހުރި ތަނެކެވެ. ޤަދީމީ ޔޫނާނަކީ ހުޅަނގުގެ ޙަޟާރަތްތަކުގެ ފެށުމެވެ. އެއީ މި ޒަމާނުގައި މިދެކޭ ޑިމޮކްރަސީ އުފަންވި ބިމެވެ. ހުޅަނގުގެ ފަލްސަފާ އާއި އޮލިމްޕިކް ގޭމްސް އާއި ހުޅަނގުގެ އަދަބިއްޔާތާއި ތާރީޚު ޢިލްމާއި ސިޔާސީ ޢިލްމުތަކާއި ހިސާބުގެ އުޞޫލުތަކާއި ހުޅަނގުގެ ޑްރާމާތައް، ޓްރެޖެޑީ އާއި ކޮމެޑީތައް ވެސް އުފަންވީ ޔޫނާނުގެ ބިމުގައެވެ.
ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ތަރައްޤީގެ ހުޅުކޮޅު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިއްލުނީ ޔޫނާނުގައެވެ. ތަފާތު ހުނަރުތަކުން މުއްސަނދިވެގެންވާ އެޑްވާންސް ސަގާފަތެއްގެ ބިންގާ އެންމެ ފުރަތަމަ އެޅުނު ޔޫރަޕުގެ ޤައުމަކީ ވެސް ޔޫނާނެވެ. 
ރޫމީންގެ ވެރިކަމުގެ ކުލަވަރުތަކާއި ހެލެނިކް ސަގާފަތުގެ މަސްހުނިވުމާ އެކު ބީޒަންޓައިން އެމްޕަޔަރ ނުވަތަ އިރުމަތީ ރޫމީ އެމްޕަޔަރ ވުޖޫދަށް އައެެވެ. 
އެއީ މީލާދީން 330 ހިސާބުގައި ގުސްތަންތީނިއްޔާގައެވެ. މިހާރުގެ ނަމުން ނަމަ ތުރުކީގެ އިސްތަންބޫލުގައެވެ. އިސްތަންބޫލު އޮންނަނީ އޭޝިޔާ ބައްރާއި ޔޫރަޕު ބައްރު ގުޅޭ ހިސާބުގައެވެ.
ގާތްގަނޑަކަށް 1123 އަހަރު ވަންދެން އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ބައިޒަންޓައިން އެމްޕަޔަރ އޮތެވެ. އެއީ ގުސްތަންތީނިއްޔާ ނުވަތަ އިސްތަންބޫލު މީލާދީން 1453 ގައި ތުރުކީގެ މުސްލިމް އުސްމާނީންގެ އަތްދަށަށް ދިއުމާ ހަމަޔަށެވެ.
އުސްމާނީންގެ އަތްދަށަށް ގުސްތަންތީނިއްޔާ ދިއުމުން އެތަނުގައި ތިބި ޔޫނާނީ ފަލްސަފާ ވެރީންނާއި އެހެން ޢިލްމުތަކާއި ފަންނުތަކުގެ މާހިރުން ޔޫރަޕަށް ހިޖުރަކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ހިޖުރަކޮށްފައިވަނީ ރޫމަށެވެ. އިޓަލީއަށެވެ. އެހެން ބައެއް މީހުން ޔޫރަޕުގެ އެހެން ހިސާބުތަކުގައި ވެސް ވަޒަންވެރިވިއެވެ. މި މީހުންގެ ސަބަބުން ޤަދީމީ ޔޫނާނުގެ ޢިލްމުތަކަށް ޔޫރަޕުގެ މީހުން ސަމާލުކަން ދޭން ފެށިއެވެ. ތުރުކީއެކޭ އެއްފަދައިން މިއަދުގެ ޔޫނާނު ވެސް އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގައެވެ.
އުސްމާނީ ޚިލާފަތުގެ ދަށުން ޔޫނާނަށް މިނިވަންކަން ލިބިފައިވަނީ 25 މާރިޗު 1821 ގައެވެ. އެހެން ނަމަވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބެލެވެން ފެށީ 3 ފެބުރުވަރީ 1830 އިން ފެށިގެންނެވެ. 

ޔޫނާނުގެ އާބާދީގެ ގިނަ މީހުންނަކީ ޔޫނާނީ ނަސްލަށް ނިސްބަތްވާ މީހުންނެވެ.

ޔޫނާނުގެ ސަގާފަތަކީ އެތައް ހާސް އަހަރެއް ވީ ސަގާފަތެކެވެ. އޭގެ އިތުރުން ނަޞާރާ ދީނުގެ ކަންތައްތައް މަސްހުނިވެގެން އުފެދުނު ސަގާފަތެކެވެ. ޙަޤީޤަތުގައި ޢީސާގެފާނުގެ ދީން މަސްހުނިވެ މިހާރު މި އޮތް ގޮތަށް ބަދަލުވެގެން ދިޔައީ ވެސް ޔޫނާނީ ޢަޤީދާތައް އެދީނުގެ ތެރެއަށް ވެއްދުމުގެ ސަބަބުންނެވެ. 




#Article 291: މާލީ (353 words)


މާލީއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ. މާލީއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ހަތްވަނައަށް އެންމެ ބޮޑު ޤައުމެވެ. މުޅި ދުނިޔެއަށް ބަލާއިރު 24 ވަނައަށް އެންމެ ބޮޑު ޤައުމެވެ.

މާލީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މާލީގެ މީހުންނަށް ކިޔަނީ މާލިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަމަކޯއެވެ. މާލީގެ ވެރި ރަށަކީ ބަމަކޯއެވެ. 
މާލީއަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 67 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.2 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ml. އެވެ. ކޯލިން ކޯޑަކީ +223 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

މާލީގެ ނަން ނިސްބަތް ކުރެވިފައިވަނީ މާލީ އެމްޕަޔަރ އަށެވެ.

މާލީގެ އުތުރުގައި އޮތީ ޖަޒާއިރެވެ. އިރުމަތީގައި އޮތީ ނީޖަރެވެ. ދެކުނުގައި އޮތީ ބުރުކީނާ ފާސޯ އާއި އައިވަރީ ކޯސްޓެވެ. ހުޅަނގު ދެކުނުގައި އޮތީ ގީނިއާއެވެ. ހުޅަނގުގައި އޮތީ މުރިޓާނިޔާ އާއި ސެނެގާލެވެ. 

މާލީގެ ކުރީގެ ތާރީޚުން އެންމެ ފާހަގަކޮށްލެވޭ ޞަފްޙާތަކަކީ ގާނާ އާއި މާލީ އާއި ސޮންގާއީ އެމްޕަޔަރއާ ގުޅުން ހުރި ޞަފްޙާތަކެވެ. 
މި ހުރިހާ ވެރިކަމެއްގައި ވެސް ލީޑަރޝިޕް އޮތީ “އެންމެ ކަށަވަރު ނަސަބީ ގުޅުމު”ގެ މައްޗަށް ބިނާވެފައެވެ. މީގެ މާނައަކީ އެ ޒަޢާމަތުތަކަކީ މެޓްރިލީނިޔަލް އުޞޫލުން، ނުވަތަ މައިފުށުން ވާރުތަވާ ގޮތުން އައިސްފައިވާ ޒަޢާމަތުތަކެވެ. ވެރިކަން ވާރުތަ ވަނީ ރަސްގެފާނުގެ ދަރީންނަކަށް ނޫނެވެ. އެހެން ނަމަވެސް ރާނީންގެ ދަރީންނަށް ވާރުތަ ވާނެއެވެ. ރަސްކަލެއްގެ ވެރިކަން ވާރުތަވާނީ ރަސްގެފާނުގެ އެއްބަނޑު ފިރިހެނަކަށް ނުވަތަ އެއްބަނޑު އަންހެނެއްގެ ފިރިހެން ދަރިއަކަށެވެ. ފިރިހެން ދަރިއަކު ނެތް ނަމަ އެއްބަނޑު އަންހެނަކަށެވެ. ނުވަތަ އެއްބަނޑު އަންހެނެއްގެ އަންހެން ދަރިޔަކަށެވެ. މިވަރުގެ ގާތް މީހަކު ނެތް ނަމަ މައިފުށުގެ ބޮޑުދައިތަގެ ފިރިހެން ދަރިޔަކަށެވެ. ނެތް ނަމަ މައިފުށުގެ ބޮޑުދައިތަގެ އަންހެން ދަރިއަކަށެވެ.
ރާނީންގެ ވެރިކަން ވާރުތަވާނީ ރާނީގެ ދޮށީ ފިރިހެން ދަރިފުޅަށެވެ. ފިރިހެން ދަރިޔަކު ނެތް ނަމަ ދޮށީ އަންހެން ދަރިފުޅަށެވެ. ދަރިއަކު ނެތް ނަމަ އެއްބަނޑު ފިރިހެނަކަށެވެ. މި ބައި ހިނގާނީ ރަސްކަލުންގެ ރަސްކަން ވެސް ވާރުތަވާ އުޞޫލުންނެވެ.
އެމީހުން ޤަބޫލުކުރާ ގޮތުގައި މި އުޞޫލުން ވެރިކަން ވާރުތަކުރަމުން ދިއުމުން އަޞްލު ޝާހީ ޢާއިލާއާ ނުގުޅޭ މީހަކަށް، އޮޅުމަކުން ވެސް ވެރިކަމެއް ނުލިބޭނެއެވެ. އެއީ މައިފުށް ކަށަވަރު ވާނެތީ ކަމަށް ވެސް އެމީހުން ބުނެއެވެ.
މީލާދީން 1591 ވަނަ އަހަރުން ފެށިގެން 1892 ވަނަ އަހަރަށް މާލީގެ ސަރަޙައްދު އޮތީ އެމްޕަޔަރގެ ދަށުގައި އޮތް އިރު އޮތް ގޮތަކަށް ނޫނެވެ. އެމްޕަޔަރގެ ބާރު ކެނޑިގެން ދިއުމުން ވެރިކަމުގެ އާރާއި ބާރު ދަށްވެ، ސަރަޙައްދު ކުޑަވެގެން ދިއުމަކީ ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެނިފައިވާ ކަމެކެވެ. މީލާދީން 1892 ވަނަ އަހަރުން ފެށިގެން 1960 ވަނަ އަހަރާ ހަމަޔަށް މާލީ އޮތީ ފަރަންސޭސި ކޮލޮނީއެއްގެ ގޮތުގައެވެ.
މާލީއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަންް ލިބިފައިވަނީ 22 ސެޕްޓެންބަރު 1960 ގައެވެ.

މާލީގެ އާބާދީގެ 90% މީހުންނަކީ މުސްލިމުންނެވެ. ކްރިސްޓިޔަނުންނަކީ 5% މީހުންނެވެ. އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންގެ ނިސްބަތަކީ 5% އެވެ.

މާލީގެ ސަގާފަތަށް ބަލާއިރު މާލީގެ އަވަށްޓެި ޤައުމުތަކާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. 
މި ގޮތުން މިއުޒިކުގައި ބުރުކީނާ ފާސޯއާ ވަރަށް އެއްގޮތެވެ. މީގެ އިތުރުން ފަރަންސޭސި އިސްތިޢުމާރުގެ ސަބަބުން ވެސް އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.




#Article 292: މަނަދޫ ކާސިންހާޖީ (1172 words)


ނ. މަނަދޫ ކާސިންހާޖީ އަސްލު ނަންފުޅަކީ ޤާސިމް ހާރޫނެވެ. ކާސިންހާޖީއަކީ މަނަދޫއަށް އެކިގޮތްގޮތުން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޚުރުވެރި ދަރިއެކެވެ. ރާއްޖެއަށް ކުރިމަތިވި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މަނަދޫއަކީ ވަރަށް ގިނަ ބަޔަކު މަރުވެފައިވާ ރަށެކެވެ. ވަރަށް ބޮޑަށް ހާލުގައި ޖެހުނު ރަށެކެވެ. ސަރުކާރުން އެހީގެ ކާޑު ފޮނުއްވި ރަށްތަކުގެ ތެރެއިން އެއްރަށެވެ. އޭރު ސަރުކާރު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލަގެފާނު މަނަދުއަށް ޒިޔާރަތް ކުރެއްވިއެވެ. އަމީންދީދީ ލިޔުއްވާފައިވާ ގޮތުގައި މަނަދޫގައި ރަށުގެ ޙާލަށް ލޯހުޅުވި ހޭލުންތެރިހުރީ އެންމެ މީހެކެވެ. އެއީ އޭރު މަނަދޫ ކުޑަކަތީބު ކަމުގައި ހުންނެވި ކާސިންހާޖީއެވެ. ކާސިން ހާޖީވަނީ މަނަދޫގެ ވެރިކަމާއި މުދިންކަމާއި އިމާމްކަން ކުރައްވާފައެވެ. މުޅި އަތޮޅުގައި ނެތްވަރުގެ ތަނަވަސްވެރިއެކެވެ. ސީދާ ކޮޅުބަށް ވަޑައިގެން ވިޔަފާރިކަން ކުރެއްވިއެވެ. ރައްޔިތުންގެ މުހުތާދުތައް ފިލުވައި ހެއްދެވިއެވެ. މަސްދޯނިފަހަރު ދުއްވާ ހެއްދެވިއެވެ. ކާސިން ހާޖީއަކީ ދީނަށް ލޯބިކުރެއްވި ބޭފުޅެކެވެ. ހައްޖުގެ މަތިވެރި އަޅުން ކަނޑުމަގުން ކުރެއްވިއެވެ. މި މަޒުމޫނުގައި ބަލާލާނީ އެމަނިކުފާނުގެ ޙަޔާތަށެވެ. 
ކާސިން ހާޖީގެ އުފަން ރަށަކީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫއެވެ. ކާސިން ހާޖީ އުޅެ ބޮޑުވީ މަނަދޫގައެވެ. ކާސިން ހާޖީގެ ބައްޕާފުޅަކީ މަނަދޫ ހާޖީބެ އެވެ. ފުރިހަމަ ނަމަކީ ހާރޫނެވެ. ކޮލީ ނަންފުޅަކީ ހާރޫނު ހާޖީ ކަލޭފާނެވެ. މަންމާފުޅުގެ ފުރިހަމަ ނަންފުޅަކީ އައިޝަތު ޤާސިމެވެ. މަނަދޫ މީހުން ޢާންމުކޮށް އައިޝަތު ޤާސިމަށް ކިޔަނީ ކަމަނަ ދައިތައެވެ. ހާޖީބެއަކީ މަނަދޫގައި އެދުވަސްވަރު އުޅުއްވި އެންމެ މުއްސަދި އެކަކު ކަމުގައި ވިއެވެ. ހާޖީބެ ގެ ގެކޮޅު ހުރިތަނުގައި މިހާރު ހުރީ މަނަދޫ ދިލްބަހާރު ގެއެވެ. އެގޭގައި ކުރީގެ މަސައްކަތްތެރިކަން ފެންނަން އެބަހުއްޓެވެ. 

ކާސިން ހާޖީ އުފަންވީ  ހާޖީބެގެ ގޭގައި ( ދިލްބަހާރުގެ ) ގައެވެ. އުފަންތާރީޚަކީ ---- އެވެ. 

ކާސިން ހާޖީއަކީ ހެދިހުރި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ބުރުސޫރަ ރީތި ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ހަށިގަނޑުކުލަ ދޮން މީހެކެވެ. އިސްކޮޅާ ރޫފަ ގުޅޭ ވަރުގަދަ ޅަނބާޅަ ބޭފުޅެކެވެ. ސަމައްތަރު ހެޔޮ މުލައްދަނޑިތަކެއްގެ ވެރިއެކެވެ. ޒުވާން ދުވަސްވަރު ކުޅިވަރު ކުޅެއްވުމުގައި އަވަދިނެތި އުޅުއްވިއެވެ. ދަނޑިޖެހުމާއި ސަގާފީ ކުޅިވަރު ކުޅުއްވިއެވެ. ފުޓްބޯޅަ ކުޅުއްވިއެވެ. ކާސިން ހާޖީއަކީ ޒުވާން ދުވަސްވަރުވެސް ނުފޫޒުގަދަ ހަރުދަނާ ޝަހުސިއްޔަތެކެވެ. ޖަރުބާތީ ބޭފުޅެކެވެ.

 
ކާސިން ހާޖީ ޖުމުލަ 5 މީހަކާ ކައިވެނީގެ ގޮތުން ގުޅިވަޑައިގެންނެވިއެވެ. އެއީ 1- ދަލޭކަ  2 - އައިޝަތު މޫސާ ( ކަތީބުގެ މޫސަބޭގެ ދޮން ދައިތަ ) 3 - ދޮން އައިސަ ( ހައްވަދައިގެ ދޮންއައިސަ) 4- މަރިޔަމް މޫސާ ( މޫސާ މަނިކުބޭގެ މަރިޔަ ) 5 - މަރީނާ މޫސާ ( ބޮޑިބަތް މޫސަބޭގެ މަރީނާ ) އެވެ.

ކާސިން ހާޖީ ކައިވެނި ބައްލަވައިގެން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވި ދަލޭކައަކީ ވަރަށް ބުރުސޫރަ ރީތި އަންހެނެކެވެ. އޭނާއަށް ދަރިކަލަކުވެސް ލިބިވަޑައިގެންނެވިއެވެ. އެކަމަކު ޅަފަތުގައި އަވަހާރަވީއެވެ. މަރިޔަމް މޫސާއަށް 9 ކުދިން ލިބިވައިގަތެވެ. އެއީ 7 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ.  އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިއްބެވީ 3 ފިރިހެން ބޭފުޅުންނާއި 1 އަންހެން ބޭފުޅެކެވެ. އެއީ ސަޢީދު ޤާސިމް ، ޢަބްދުލްއަޒީޒު ޤާސިމް، އަޙްމަދު ހަނީފް އަދި ހައްވާ ގާސިމެވެ. މަރިޔަމް މޫސާ އަވަހާރަވީ ދަރިކަލަކު ރައްކާވުމަށްފަހު އެބަލިން ގަދަނުވެއެވެ. އެއަށްފަހު ކާސިން ހާޖީ ކައިވެނި ބައްލަވައިގެންނެވީ މަރީނާ މޫސާ އާއެވެ. ކާސިން ހާޖީ އަވަހާރަވީއިރުވެސް އަނބިކަނބަލަކަށް އިންނެވީ މަރީނާ މޫސާއެވެ. އެބަނޑަށް 4 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ދުނިޔޭގައި ތިއްބެވީ 2 ފިރިހެން ބޭފުޅުންނާއި 3 އަންހެން ބޭފުޅުންނެވެ. އެއީ މުޙަންމަދު ނާސިހާއި އަބޫބަކުރު ޖައުހަރީ އާއި ފަޒުނާ ޤާސިމާއި ބަދޫރާ ޤާސިމާއި ފަޒީލާ ޤާސިމެވެ. ކާސިން ހާޖީގެ އެންމެ ދޮށީ ދަރިކަލަކީ ސައީދު ޤާސިމެވެ. އެންމެ ހަގު ދަރިކަލަކީ ފަޒީލާ ޤާސިމެވެ

 

ދުނިޔޭގައި ތިބި އުފަން ދަރިން 

 
ދަނބިދަރިން 

( ނޯޓް: ޛުލައިޚާ މޫސާ އާއި ޢަބްދުލްޢަޒީޒު ކައިވެނި ބައްލަވައިގަތީ ޚާޖަރާ ޢުމަރާ ދެއަނތްބަށެވެ. )

 
ގާސިމް ހާރޫނުގެ ފުތް ސަޢީދު ޤާސިމް ގެ ދަރިން 

ޤާސިމް ހާރޫނުގެ ފުތް ޢަބްދުލްޢަޒީޒުގެ ދަރިން 

ގާސިމް ހާރޫނުގެ ފުތް ހައްވާ ޤާސިމްގެ ދަރިން 

ގާސިމް ހާރޫނުގެ ފުތް މުޙަންމަދު ނާސިޙުގެ ދަރިން 

ގާސިމް ހާރޫނުގެ ފުތް އަބޫބަކުރު ޖައުހަރީގެ ދަރިން 

ގާސިމް ހާރޫނުގެ ފުތް ފަޒުނާ ޤާސިމްގެ ދަރިން 

ގާސިމް ހާރޫނުގެ ފުތް ބަދޫރާ ގާސިމްގެ ދަރިން 

ގާސިމް ހާރޫނުގެ ފުތް ފަޒީލާ ޤާސިމްގެ ދަރިން 

  
ކާސިން ހާޖީ އަދާކުރެއްވި ސަރުކާރުގެ ވަޒީފާ ތަކުގެ ތެރޭގައި މުދިން ކަމާއި ޚަތީބުކަން ހިމެނެއެވެ. ކާސިން ހާޖީއަކީ އިމާމެކެވެ. ކަށުކަމާކެމީގެ ކަންތައްތައް ކުރެއްވި ބޭފުޅެކެވެ. ދެވަނަ ބޮޑު ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި ބޮޑުތަދުގެ ދުވަސްވަރު މަނަދޫ ކުޑަ ޚަތީބު ކަމުގެ މަގާމުގައި ހުންނެވީ ކާސިން ހާޖީއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއް ރަށް ކަމުގައިމާ ނ. މަނަދޫއަށް އެދުވަސްވަރު ދިމާވި ތަދުމަޑުކަމާއި ބަނޑުހައި ހޫނުކަމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލު ކުޑަކުރެއްވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ކާސިން ހާޖީއެވެ. 

 

ކާސިން ހާޖީ ދިރިއުޅުއްވުމަށް ކުރެއްވި މައިގަނޑު މަސައްކަތަކީ ވިޔަފާރިއެވެ. ކޮޅުބުމަށް ހިކިމަހާއި ކުފުރާ ގެންދަވާ މުދާ ގެންނަވައެވެ. މަސްވެރިކަން ކުރެއްވިއެވެ. މަހަށްދާ ބޮޑެތި މަސްދޯނިތައް ދުއްވިއެވެ. ކާސިން ހާޖީ އަކީ އޭރު މުޅި ނ.އަތޮޅަށްވެސް މަޝްހޫރު ވިޔަފާރިވެރިއެކެވެ. މަނަދޫގައި ނެތްވަރުގެ މުއްސަދި ބޭފުޅެކެވެ. ރަށުގައި އޮޑިދޯނި ފަހަރުގެ ނަމުގައި ރުއްގަނޑުތައް އެޅުއްވިއެވެ.

 

މަނަދޫ ކާސިން ހާޖީ ނިޔާވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވާފައެވެ. ސްޓްރޯކެއް ޖެހިވަޑައިގެން ޕެރަލައިޒްވެ އެހާލުކޮޅުގައި ގާތްގަޑަކަށް 15 ވަރަކަށް އަހަރު އުޅުއްވިއެވެ. ބަލިވެ އުޅުއްވިއިރު އެބަލިހާލަށް ވަރަށް ބޮޑަށް ކެތްތެރިވެ ވަޑައިގެންނެވިއެވެ. އެއްވެސް ޝަކުވާއެއް ކުރައްވާ ރުޅި އިސްކުރައްވާ ހައްދަވާފައެއް ނުވެއެވެ. ސްޓްރޯކް ޖެހިވަޑައިގެންނެވުމާއެކު ފަރުވާ ދޭން ފެށުނެވެ. އެގޮތުން ދިވެހިބޭހާއި ޑޮކްޓަރީ ބޭސް ކުރެވުނެވެ. ފުރަތަމަ ސްޓްރޯކް ޖެހިވަޑައިގެންނެވުމުން މާލެ ގެންނަވާ އޭނާގެ ދަރިންގެ ބެލުމުގެ ދަށުން  ޑޮކްޓަރީ ފަރުވާ ކުރެވުނެވެ. ކޮންމެވެސް ވަރަކަށް ލުއިކަން ލިބިވަޑައިގެންނެވިއެވެ. ގިނަ ދުވަސްތަކެއް އެބަލީގައި ހޭދަކުރެއްވުމަށްފަހު އަވަހާރަވީ އެބަލީގައެވެ. 

 
މަނަދޫ ކާސިންހާޖީ އަވަހާރަވީ ހިޖުރައިން ---- އެވެ. އެއީ މީލާދީން 1988 އެވެ. މަހަކީ މާރޗް މަހެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ -- އަހަރުފުޅެވެ. އަވަހާރަވީ އެދުވަހުރޭ އިރުއޮއްސި ގާތްގަޑަކަށް  7:15 ގައެވެ. ކަށުކަމާކެމީގެ ކަންތައްތައް ކުރެވުނީ ކާސިން ހާޖީގެ އަމިއްލަ ގެކޮޅު ކަމަށްވާ މަނަދޫ ފިނިވާގޭގައެވެ. މަނަދޫ ކުރީގެ ހުކުރުމިސްކިތް ( މަސްޖިދުލް ރިޟްވާން ) ގައި ކަށުނަމާދުކޮށް، ފަސްދާނަ ވެޑުވުނީ މަނަދޫ ސަހަރާގައެވެ.

މަނަދޫ ކާސިން ހާޖީއަކީ އަޅުގަނޑުގެ ލޮބުވެތި ކާފައެވެ. ކާފަގެ ހަނދާނަކަށް އަޅުގަނޑު ހުންނަ އެންމެ ދުރު ހަނދާނަކީ މަނަދޫ މާފޮޅޭގޭ ގޯތިތެރޭގައި ހުންނަ ކާފަގެ ބޮޑު ޖަބްރޯލު ގަހަކުން ޖަބުރޯލު ބިންނަން ގެންދާ ހަނދާނެވެ. އޭރު ކާފަ ހުންނަވަނީ ހުދު މުންޑެއްގައެވެ. އަދި އަތްދިގު ހުދު ގަމީހެއްގައެވެ. އޭރުވެސް ބޮލުގެ އިސްތަށިގަނޑު ހުންނަނީ މުޅިންހެން ހުދު ނުރައަށް ވެފައެވެ. ކާފަގެ ދެން އެންމެ ދުރު ހަނދާނަކަށް ހުންނަނީ އަޅުގަނޑުގެ ބައްޕައާ އެކު ކާފަގެއަށް ސައިބޯންދާ ހަނދާނެވެ. ބައްޕަ އޭރު ހުންނަވަނީ މާލޭގައެވެ. ރަށަށް ވަޑައިގަތީމާ ކާފަގެއަށް ސައިބޯން ގެންދާނެއެވެ. އެދުވަހު ތަށިމަތީގައި ވަރަށް ގިނަ ވައްތަރުތައް ހުންނާނެއެވެ. އަޅުގަނޑުމެން ސައިބޮއި ނިމިގެން ކުޅެން އުޅެއުޅެފައި ދެވަނަ ފަހަރަށް ކާގެއަށް ދާއިރުވެސް ކާފައާއި ބައްޕަ އާ ދެކަލުން ސައިބެއްލެވުމުގައި ތިއްބަވާނެއެވެ. ކާފައަކީ ވަރަށް ލަސްލަހުން ވަރަށް ރަނގަޅަށް ހަފައިގެން ކޭންބައްލަވާ ބޭކަލެކެވެ.

ކާފައަށް ސްޓްރޯކް ޖެހިވަޑައިގެން ޕެރަލައިޒް ވެގެން މާލެ ގެންނެވި ދަތުރުގައި އަޅުގަނޑު މާލެ ދިޔައީމެވެ. ކާފައާއި އެއް ބަނޑުއެއްބަފާ އިބްރާހިމް ހާރޫނު ( އިބުރަބޭ ) ގެ މުތީ ބައްތެލީގައި އެކުރި ދަތުރު ނިންމާލެވުނީ ހަފުތާއެއްހާ ދުވަހުންނެވެ. އެއީ ވައި ނުބައިވެ ފަލިވެސް ޖަހައިގެންނެވެ. އެދަތުރުގައި އަޅުގަނޑުގެ ކޮއްކޮ ޢަލީ ޒާހިރުވެސް ބައިވެރިވިއެވެ. އަޅުގަނޑުމެން އައީ އަޅުގަނޑުމެންގެ ބޮޑުބޭބެ އަބްދުލްޢަޒީޒު ޤާސިމްގެ ބެލެނިވެރިކަމުގައެވެ. ކާފަ މާލޭގައި އޮންނެވީ އަޅުގަނޑުގެ ބައްޕަ އޭރު އުޅުއްވި މ. ދޫނިދޫގައެވެ. އަޅުގަނޑުގެ މަންމަ އާ އަޅުގަނޑުގެ އާއިލާ އޭރު އުޅެމުން ދިޔައީ އެގޭގައެވެ. ވަރަށް ގިނަ ދުވަހު މާލޭގައި ޑޮކްޓަރީ ފަރުވާ ކުރުމަށް ކާފަ އޮތެވެ. އޭރު ދިވެހި ބޭސްވެސް ކޮށްފައިވެއެވެ. 

ރަށުގައި ކާފަ ބަލި ހާލުގައި އުޅުއްވިއިރު ގިނަ އިރު އިންނަވާނީ ރުންމަގު ހޮޅުއަށީގައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ކާފަގެ ދަރިއެއް ކަމަށްވާ އަހުމަދު ހަނީފު ކާފަ މޫދަ ގެންގޮސްގެން އުނަގަނޑުތާ ފެނުގައި ބަހައްޓައިގެން ކަސްރަތު ކުރުވާތަން އަޅުގަނޑު ދެކެމެވެ. އަދި ގޮނޑު ދޮށުގައި ބާއްވައިގެން ވެލި މޮޑެ ހަދާތީވެސް ދެކެމެވެ. ކާފަ ބަލިވެގެން އަޙުމަދު ހަނީފު އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި އެކުރި ހޭހަން ކުރުމަކީ އާދަޔާ ޚިލާފު ކަމެކެވެ. 

ކާފަ ބަލިވެ އުޅުއްވި އިރު އެއްދުވަހަކު ކާފަ އަޅުގަނޑުމެންގެ ގެއަށް ވަޑައިގަތެވެ. އެއީ އެއޮތް ހުރިހާ ދުވަހު އާލާސްކަންފުޅުގައި އުޅުއްވިއިރުވެސް ކާފަ ޝަކުވާއެއް ކުރަނިކޮށް އަޅުގަނޑު ދެކުނު ހަމައެކަނި ފަހަރެވެ. އެދުވަހުވެސް ކުރެއްވީ ބަލީގެ ޝަކުވާއެއްނޫނެވެ. ކާފައަށް އަޅާނުލާ ޝަކުވާއެއްވެސް ނޫނެވެ. ކާފައަށް ފެންނަ ކަންތައްތަކާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ޝަކުވާއެވެ. އެދުވަހު ބައްޕައާއެކު ކާފަ ގެއަށްލާން އަޅުގަނޑު ދިޔައީމެވެ. ކާފަ ވަޑައިގަތީ އަޅުގަނޑުމެންގެ ގެއިން ސައި ބައްލަވައިގެންނެވެ. އެދުވަހު އަޅުގަނޑުމެންގޭގައި ހަދާ ސައި މީރު ވާހަކަ ވިދާޅުވުމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކާފައަށް ސައިގެންދަމެވެ. އެކަން އޮންނަނީ އަޅުގަނޑަށާއި އަޅުގަނޑުގެ ކޮއްކޮ އަލީއަށެވެ. ސައިގެންދަނީ މާމުއި ހުސްކުރި ބިއްލޫރި ތައްޓެއްގައި މަތި ޖަހައިގެންނެވެ. 

ކާފަ ނިޔާވި ކަމުގެ ޚަބަރު އަޅުގަނޑަށް ލިބުނީ ދެނަމާދު ދޭތެރޭގައި ފިހާރަ ހުޅުވައިގެން ފިހާރައިގައި އިންދައެވެ. އޭވާހަކަ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ ބައްޕައެވެ. ފިހާރަ ބަންދުކޮށް ބައްޕައާއެކު އަޅުގަނޑު ދިޔައީ ކާފަގެ ގެއަށެވެ. އޭރު ކާފަ ބާއްވާފައި އޮތީ އެތެރިގޭ ތެރޭގައެވެ. އަހުމަދު ހަނީފު ރޮމުން ފާރުގައި ބޯތަޅާތަން އަޅުގަނޑު ދެކުނީމެވެ. އެކަން މަނާކުރީ އަޅުގަނޑުގެ ބައްޕައެވެ. އިޝާ ނަމާދުން ފައިބައިގެން އަންނައިރު އާދަވެގެން މަންމަ ހުންނާނީ ކާން ހަދާފައެވެ. އެރޭ އެއްގޮތަކަށްވެސް ކާހިތެއްނުވިއެވެ. ދެން ކާފަ ކައިރިއަށްގޮސް ޤުރުއާން ކިޔަވަން އިނީއެވެ. ހިނަވާ ހަދަން ފެށުމުން މަންމައާއެކު އަޅުގަނޑު އައީ ގެއަށެވެ. ކާފަ ވަޅުލަން ހަމަޖެހިފައިވަނީ ހެނދުނު ކަމަށްވާތީ މަންމައާއެކު އަޅުގަނޑުމެން އައީއެވެ. އޭރު އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ދެރަވެ އަދި ވަރަށް ބޮޑަށް ބިރުވެސް ގެންފައެވެ. އެރޭ އަޅުގަނޑަށް އެއްގޮތަކަށްވެސް ނުނިދިގެން ނިދަން އޮތީ މަންމަގެ ކައިރީގައެވެ. އެކަމަކުވެސް ނުނިދެއެވެ. ބައްޕަ ގެއަށް ވަޑައިގަތީ މެންދަމުގެ ވަގުތެއްގައެވެ. އަޅުގަނޑުމެންނަށް ނުނިދިގެން އުޅޭތީ ވަރަށް އަސަރާއެކު ބައްޕަ ވާހަކަ ދެއްކެވިއެވެ. އަދިވެސް އެރޭ ބައްޕަ ދެއްކެވި ވާޙަކަ ކަންފަތުގައި އެބަހުއްޓެވެ. މީހަކު ނިޔާވެގެން އުޅޭ ކޮންމެ ތަނަކަށް ދެވުނަސް އެ ވާހަކަތައް ހަނދާން އާވެއެވެ. ބައްޕަ ވިދާޅުވިއެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ދަރިފުޅުގެ ބައްޕައާއި މަންމަވެސް މަރުވާނެއެވެ. ދަރިފުޅުވެސް މަރުވާނެއެވެ. މި ދުނިޔެއަކީ ވަގުތީ ތަކެކެވެ. ކޮންމެ މީހަކުވެސް ޖެހޭނީ މަރަށް ތައްޔާރުވާށެވެ. އަހަރެމެންނަކީ ﷲ ގެ އަޅުންނެވެ. އެކަލާނގެ މިންވަރުކުރެއްވި ވަގުތެއް ހަމަވުމުން އެކަލާނގެ ހަޟުރަތަށް ގެންދަވާނެއެވެ. އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް ކާފައަށްޓަކައި ކޮށްދެވޭނެ ހަމައެކަނި ކަމަކީ ހެޔޮ ދުޢާ ކުރުމެވެ. 

އަޅުގަނޑުގެ ކާފައަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް ލައްވާށިއެވެ. މަނަދޫ ކާސިން ހާޖީގެ ހަޔާތުގެ ނާމާ އަޅުގަނޑު ލިޔަން ގަސްތުކުޅަ ހިސާބަށް ލިޔެ މި ނިމުނީއެވެ. މައުލޫމާތު ދެއްވި ފަރާތްތަކަށް ޚާއްޞަ ކޮށް އަޅުގަނޑުގެ ލޮބުވެތި ބައްޕައަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. މި ވަރުގެ މަސައްކަތެއް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވި ކަމަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަމެވެ. 




#Article 293: އިނގިރޭސިވިލާތް (499 words)


އިނގިރޭސިވިލާތަކީ އެއްކޮށްލެވިފައިވާ ވިރާޘީ ރަސްކަމެއްގެ ދަށުގައި އޮންނަ ޤައުމެކެވެ. ޤައުމުގެ އިމުގެ ގޮތުން އިނގުރޭސިވިލާތް އުތުރުން ސްކޮޓްލޭންޑްސްއާއި އަދި ހުޅަނގުން ވޭލްސްއާއި ގުޅެއެވެ. އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުން ސެލްޓިކް ކަނޑު އޮންނައިރު އެޤައުމުގެ ހުޅަނގު އުތުރުން އޮންނަނީ އައިރިޝް ކަނޑެވެ. ނޯތް ކަނޑުވަނީ އިނގިރޭސިވިލާތުގެ އިރުމަތީ ފަރާތުގައެވެ. އަދި ދެކުނުގައި އޮންނަ އިނގިރޭސި ޗެނަލްގެ ސަބަބުން އެޤައުމު ކޮންޓިނެންޓަލް ޔޫރަޕުން ވަކިކޮށްދެއެވެ. އުރުތު އެޓްލާންޓިކްގެ ރަށެއްކަމަށްވާ ގްރޭޓް ބްރިޓެންގެ މެދުތެރެއާއި ދެކުނުފަރާތުގެ ބޮޑުބަޔަކީ އިނގިރޭސިވިލާތުގެ ތެރޭގައި ހިމެނޭ ބައެކެވެ. މީގެ އިތުރުންވެސް އިނގިރޭސިވިލާތުގެ ބިމުގެ ބައެއްގެ ގޮތުގައި ސަތޭކައަށް ވުރެ ގިނަ ރަށްތައް ހިމެނޭއިރު މީގެ ތެރޭގައި އައިސްލް އޮފް ވައިޓް އަދި އައިސްލްސް އޮފް ސްކިލީ ފާހަނގަކުރެވެއެވެ. 

އިނގިރޭސިވިލާތްކަމުގައި މިހާރުބެލެވޭ ސަރަހައްދުގައި ގާތްގަނޑަކަށް 35000 އަހަރުވަންދެން ތަފާތު އެކިއެކި ނަސްލުގެ ތަފާތު އެކިއެކި ޘަޤާފަތުގެ މީހުންވަނީ އާބާދުވެފައެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ ނަމުގެ އަސްލު އައިސްފައިވަނީ 5ވަނަ އަދި 6ވަނަ ޤަރުނުގެ ތެރޭގައި އެތާނގައި އާބާދުވި ޖަރުމަނުވިލާރުގެ ޤަބީލާއެއް ކަމަށްވާ އެންގްލްސްގެ ނަމުންނެވެ. އިނގިރޭސިވިލާތަކީ މީލާދުގެ 927ވަނަ އަހަރުއްސުރެން އަދި ޤައުމުތަކުގެ ޗާޓުކުރަހައި ހޯދައި ބަލައި އުޅުނު ދުވަސްވަރު ނުވަތަ އޭޖް އޮފް ޑިސްކަވަރީ ފެއްޓިގެންއައި 15ވަނަ ޤަރުނުއްސުރެންވެސް އެކުލެވި ދައުލަތެކެވެ. އިނގިރޭސިބަހާއި އެންޖެލިކަން ފައްޅިއާއި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޤާނޫނީ އާންމު އޮނިގަނޑު އެއަކުގެ މައްޗަށް ބިނާވެފައިވާ އިނގިރޭސި ޤާނޫނު އުފެދިގެން އައިސްފައިވަނީ ސީދާ އިނގިރޭސިވިލާތުން ކަމަށްވެފައި އެޤައުމުގެ ބަރުލަމާނީ ނިޒާމަކީ ގިނަ ޤައުމުތަކުން ޤަބޫލުކުރާ ނިޒާމަކަށްވަނީ ވެފައެވެ. 18ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގައި ފެއްޓިގެން އައި ސިނާޢީ އިންޤިލާބުގެ ސަބަބުން އިނގިރޭސިވިލާތް ވެގެން ދިޔައީ ދުނިޔޭގައި އެންމެފުރަތަމަ ސިނާއީ ޤައުމަށެވެ. އަދި މިޒަމާނުގެ ތަހުޤީޤީ ސައިންސްގެ ބިންގާވެސް އެޅީ އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީއިންނެވެ. 

އިނގިރޭސިވިލާތުގެ ޤުދުރަތީ ބިން އެކުލެވިގެންވަނީ މެދުމިނަކަށް އުފުލިފައިވާ ބިމާއި އަދި ފެތުރިގެންވާ ބޮޑަތި ބިންތަކުގެ މައްޗަށެވެ. މިގޮތަށް ބޮޑަށް ފާހަނގަ ކުރެވެނީ އިނގިރޭސިވިލާތުގެ ދެކުނާއި މެދުތެރޭގައެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުގެ އުތުރުން، މިސާލަކަށް ފަރުބަދަމަތީ ލޭކް ޑިސްޓްރިކްޓްސްއާއި ޕެނީސް އަދި ޔޯކްޝަޔާރ ޑޭލްސް، އަދި ހުޅަނގު ދެކުނުން މިސާލަކަށް ދާތްމޫރއާއި ކޮސްޓްވޮލްޑްސް އަކީ އުސް ބިންތަކެވެ. އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަނަކީ އެކުލެވި ރަސްކަމުގައި ހިމެނޭ އެންމެ ބޮޑު ޝަހަރުގެ އިތުރުން ގިނަ މިންގަނޑުތަކުން ބަލާނަމަ ވިލާތުގައި ހިމެނޭ އެންމެ ރަށްވެހިކަން ބޮޑު ސަރަހައްދެވެ. އިނގިރޭސިވިލާތުގެ އާބާދީއަކީ 51 މިލިޔަންކަމަށްވާއިރު މިއަދަދަކީ އެކުލެވި ރަސްކަމުގެ އާބާދީގެ 84 އިންސައްތައެވެ. އިނގިރޭސިވިލާތުގެ މިއާބާދީ ބޮޑަށް ބެހިގެން އައިސްފައިވަނީ ލަންޑަނާއި އިރުދެކުނާއި އާބާދީ ބޮޑު މިޑްލޭންޑްސް އަދި ހުޅަނގު އުތުރާއި އިރު އުތުރާއި ޔޯކްޝަޔާރ ފަދަ 19ވަނަ ޤަރުނުގެ ތެރޭގައި ސިނާއީ ގޮތުން ކުރިއެރި ސަރަހައްދުތަކުގައެވެ. ތެތްބިމާއި ނައަމް ސޫފި ގެންގުޅޭބިންތައް އޮންނަނީ ބޮޑަތި ޝަހަރުތަކުން ބޭރުގައެވެ. 

މީލާދީގޮތުން 1284 ގައި ވޭލްސްއަކީ އިނގިރޭސި ރަސްކަމުގެ ބައެއްގެ ގޮތުގައި ހަމަޖެހިނގެން ދިޔުމުގެ ކުރީގައިވެސް އިނގިރޭސި ރަސްކަމަކީ މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. މިގޮތުގައި 1 މެއި 1707 ވަންދެން އޮތުމަށްފަހު މިތާރީހުގައި އެކްޓްސް އޮފް ޔޫނިއަންއަށް އަމަލުކުރަން ފެށުމާއިއެކު އެއިގެ ކުރީއަހަރު އެއްބަސްވެފައިވާ ޓްރިޓީ އޮފް ޔޫނިއަންގައި ހިމެނޭ ނުކުތާތަށް ތަންފީޒުވުމުގެ ނަތީޖާއަކަށްވީ ސިޔާސީ އެކުލެވުމަކުން ސްކޮޓްލޭންޑްގެ ރަސްކަމާއި އިނގިރޭސި ރަސްކަން އެކުލެވި ކިންގްޑަމް އޮފް ގްރޭޓް ބްރިޓެންގެ ނަމުގައި އާރަސްކަމެއް އުފެދުމެވެ. އަދި 1800 ވަނަ އަހަރު އާ އެކްޓް އޮފް ޔޫނިއަން އެއްގެ ދަށުން ގްރޭޓް ބްރިޓެންއާއި އަޔަލޭންޑް ގުޅި ހަމަ އެއަހަރު ކިންގްޑަމް އޮފް ގްރޭޓް ބްރިޓެން އެންޑް އަޔަލޭންޑްގެ ނަމުގައި ރަސްކަން ފުޅާކުރެވުނެވެ. 1922 ވަނައަހަރު އައިރިޝް ފްރީ ސްޓޭޓްގެނަމުގައި ބައެއް ވަކިވިނަމަވެސް 1927 ވަނައަހަރުގެ ރޯޔަލް އެންޑް ޕާލިމެންޓަރީ އެކްޓްގެ ސަބަބުން އައިރިޝް ހަދައުލަތް އިނގިރޭސި ދައުލަތުގެ ތެރެއަށް އެކުލެވި މިހާރު މިފެންނަ ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓެން އެންޑް ނޮދާން އަޔަލޭންޑް ރަސްމީގޮތުން އުފެދުނީއެވެ. 

އެންމެ ފުރަތަމަ އުޅުނު އިންސާނުންކަމަށް ބެލެވޭ މީހުންގެ 700000 އަހަރުވެފައިވާ ކަށިތަށް ހޯދިފައިވަނީ އިނގިރޭސިވިލާތުގެ ސަރަހައްދުތަކުންނެވެ. ހޯމޯ އިރެކްޓަސްގެ ކަށިތައްވަނީ މިޒަމާނުގެ ނޯފޯކް އަދި ސުފޯކް ސަރަހައްދުތަކުން ހޯދިފައެވެ. ތަހުޒީބީ އިނސާނުން މިސަރަހައްދުތަކަށް އައިސްފައިވަނީ މީގެ 35000 އަހަރު ކުރިން ކަމަށްވިޔަސް އެންމެ ފަހު އައިސް އޭޖް ނުވަތަ މިސަރަހައްދަށް ވަކިން ހާއްސަގޮތެއްގައި އައި ޑިވެންސިއަން ގްލޭސިއޭޝަންގެ ބުރަ ހާލާތުގެ ސަބަބުން މިމީހުންވަނީ ދެކުނު ޔޫރަޕްގެ ފަރުބަދަ މަތީ ސަރަހައްދުތަކަށް ބަދަލުވެފައެވެ. މިހާލާތުގައި އެތަނުގައި އުޅުނީ ހަމައެކަނި ބިޔަ ޖަނަވާރުތަކުގެ ތެރެއިން މެމޮތްއާއި ބައިސަން އަދި ވޫލީ ރައިނޯސަރަސް އެވެ. ގާތްގަނޑަކަށް މީގެ 11000 އަހަރުކުރިން މިގަނޑުފެންތަކުގެ އަސަރުމަޑުވާން ފެށުމާއިއެކު އަލުން މީހުން އާބާދުވާން ފެއްޓިއެވެ. ޖެނެޓިކް ތަހުލީލުތަކުން އެނގޭ ގޮތުގައި މިމީހުން އައިސްފައިވަނީ އައިބީރިއަން ޕެނިންސޫލާގެ އުތުރު ފަޅިންނެވެ. ކަނޑުގެ ލޮނުގަނޑު މިހާރަށްވުރެ ތިރިއެވެ. އަދި ބްރިޓެންވަނީ ބިމުގެގޮތުން އަޔަލޭންޑްއާއި ޔުރޭޝިއާއާއިވެސް ގުޅިފައެވެ. ވަށައިގެންވާ ކަނޑުތަކުގެ އުފުލުމާއިއެކު ބްރިޓެން ވަނީ މީގެ 9000 އަހަރުކުރިން އަޔަލޭންޑާއި ވަކިވެ އަދި މީގެ ބައި ޤަރުނުކުރިން ޔުރޭޝިއާއާއި ވަކިވެފައެވެ. 
 




#Article 294: ކުރުނބާ (121 words)


 
ކުރުބާ ފެނަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ބުއިމެކެވެ. ތަފާތު ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މިބުއިމަކީ ފެޓް މަދު އަދި ކޮލެސްޓީރޯލް އެކުނުލެވޭ ބުއިމެކެވެ. އޮރެންޖް ޖޫހަށްވުރެ ކުރުބާ ފެނުގެ ފައިދާ އިތުރު ކަމުގައި ބުނެވެއެވެ. ކުރުބާ ފެނުގައި މައިމީހާ ގާތުންދޭ ކިރުގައި އެކުލެވޭ މާއްދާއެއް ކަމުގައިވާ ލައުރިކް އެސިޑް ހުރެއެވެ. މިއީ ފަންގަސް ބެކްޓީރިއާ އަދި ވައިރަސް ފަދަ ޖަރާސީމްތައް މަރާލުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އެސިޑެކެވެ. 

ފެކްޓްރީ ތަކުގައި އުފައްދާފައި ހުންނަ ބުއިންތަކާއި ޚިލާފަށް ކުރުބާ ފެނުގައި ޕޮޓޭސިއަމް ގިނަ ޢަދަދަކަށް ހުރެއެވެ. މިއީ ކޮލޮރައިޑް ގިނަ އަދި ސޯޑިއަމް މަދު ފެނެކެވެ. މިއީ ތަފާތު މަޢުދަންތައް އެންމެ ގިނައިން އެކުލެވޭ އެއް ބުއިމެވެ. އެހެންކަމުން ބޭރަށް ހިންގުން ފަދަ ކަންތައްތައް ކުރިމަތިވުމުން ބޯން އެންމެ އެކަށޭނަ އެއް ބުއިމަކީ ކުރުބާ ފެނެކެވެ. 

ކުރުބާ އިން ލިބޭ އެހެން ފައިދާ ތަކަށް ބަލާއިރު، ހިތުގެ ބަލިތަކުން ދުރުކޮށް، ކޮލެސްޓީރޯލްގެ މިންވަރު ދަށްކޮށްދެއެވެ. ހަކުރު ބައްޔާއި ގޮހޮރާއި، މައިދާގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ ޞިއްޙީ ހާލަތު ދުޅަހެޔޮ ކުރުމުގައި ކުރުބާ ފެން އެހީތެރިވެދެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރު ލިއްބައިދެއެވެ.




#Article 295: މަނަދޫ (161 words)


މަނަދޫ އަކީ  މިލަދުންމަޑުލު ދެކުނުބުރީ (ނ.އަތޮޅު) ވެރިކަންކުރާރަށެވެ. މަނަދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 1575 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ.

 

ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ. 

މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން: 

 

 




#Article 296: އަހިވައް (158 words)


އަހިވަކުގެ ޢިލްމީ ނަމަކީ މޮރިންޑާ ސިޓްރިފޯލިއާ އެވެ. އަހިވަކަށް ކިޔާ ނަންތަކުގެ ތެރޭގައި ގްރޭޓް މޮރިންޑާ، އިންޑިއަން މަލްބެރީ، އަދި ބީޗް މަލްބެރީ ފަދަ ނަންތައް ހިމެނެއެވެ. ހިންދީ ބަހުން އަހިވަކަށް ކިޔަނީ އާޗް އެވެ. މެލޭޝިޔާ ބަހުން ކިޔަނީ މެންގުކުޑޫ އެވެ. އަދި ހަވާއީ ބަހުން ކިޔަނީ ނޮނީ އެވެ. ޢާންމު ގޮތެއްގައި އަހިވައް ހެދެނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކަމަށް ވިޔަސް މިއަދު ފްރެންޗް ޕޮލީނީޝިއާ ގެ ރަށްތަކާއި ވެސްޓް އިންޑީޒް ގައި ވެސް އަހިވައް ހައްދައެވެ.

އަހިވައް އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި ހެދޭ ކާއެއްޗެކެވެ. ބައެއް ގައުމު ތަކުގައި މޭވާއެއްގެ ގޮތުގައި ބެލެވިފައިވާ އެއްޗެއް ވެސް މެއެވެ. އަހިވައް ހެދެނީ ބޯ ޖަންގަލި ތަކުގައިކަން ފާހަގަ ކުރެވެއެވެ. ހަމަމިހެން އައްސޭރި ފަށުގެ ހިސާބު ތަކާއި ހޫނު ގައުމުތަކުގައި ވެސް އަހިވައް ހެދޭކަން ފާހަގަ ކުރެވެއެވެ. 

އަހިވަށް ގަސް ހެދިބޮޑުވެ މޭވާ އެޅުމަށް ނަގަނީ 18 މަސް ދުވަހެވެ. މަހެއްގެ ތެރޭގައި 8-4 ކިލޯގެ އަހިވައް ދޮންވެ ފައްކާވެއެވެ. 9 މީޓަރުގެ އުސްމިނަށް ވެސް އަހިވައް ގަސް ހެދޭކަން ފާހަގަކުރެވެއެވެ. އަހިވައް ގަހުގެ ފަތަކީ ގަދަ ފެހި ކުލައަށް ހުންނަ ފަތެކެވެ. ފަތުގައި ހުންނަ ނާރުތައް ވަރަށް ރީތިކޮށް އެގެން ހުރެއެވެ. 

މުޅި އަހަރުގެ ތެރޭގައި މޭވާ އަޅާކަމަށް ފާހަގަ ކުރެވޭ އަހިވައް ގަހުގެ މާ ހުންނަނީ ކުދިކުދިކޮށް ހުދުކުލައިގައެވެ. އަހިވައް ހުންނަނީ ކުކުޅު ބިސް ބައްޓަމަށެވެ. 7-4 ސެންޓިމީޓަރު އާދައިގެ އަހިވަކެއްގެ ބޮޑު މިނުގައި ހުރެއެވެ. 




#Article 297: ކެޔޮދޫ (ވ. އަތޮޅު) (182 words)


ފެލިދެ އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށަކީ ކެޔޮދޫ އެވެ. ކެޔޮދުއަކީ މިއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދުއާއި ޖެހިގެން ދެކުނަށް އޮންނަ ރަށެވެ. މިއީ ޖުޣުރާފީ ގޮތުން 4 ވަނަ ރަށެވެ. ކެޔޮދުއަކީ މިއަތޮޅުގެ އާބާދީއެންމެ ބޮޑުރަށެވެ. މިރަށުގެ އާބާދީއަކީ 692 އެވެ. އަންހެނުންގެ ޖުމުލައަކީ 334 އެވެ. ފިރިހެނުންގެ ޖުމުލައަކީ 358 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 7.30 ހެކްޓަރ އެވެ. މިރަށުގައި މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މީގެއިތުރުން ފަތުރުވެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި ވިޔަފާރިވެސް ކުރެއެވެ. 

ތައުލީމަށް ބަލާއިރު މިރަށުގައި ގްރޭޑް 10ށް ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. ކިޔަވާކުދިންގެ އާބާދީއަކީ 130 އެވެ. އެކަށީގެންވާ ޓީޗަރުންނާއި ބޭނުންވާ އެހެނިހެން މުހިއްމު ވަޞީލަތްތައް އެބަހުއްޓެވެ. ސްކޫލަކީ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުމާއެކު ވަރަށް ރަނގަޅަށް ހިންގަމުން ގެންދާ ސްކޫލެކެވެ. 

އިޤްތިޞާދީ ނަޒަރަކުން ބަލާއިރު އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަދެވިފައިވާ 41 ފިހާރަ މިރަށުގައި ހުރެއެވެ. މީގެތެރޭގައި ގިނައީ ފަތުރުވެރިންނަށް ތަކެތި ވިއްކާ ފިހާރަތަކެވެ. ކެޔޮދުއަކީ ޒަމާނުއްސުރެ މަސްވެރިކަން ކުރާ ރަށެކެވެ. މިއަތޮޅުގެ ރަށްރަށަށް ބަލާއިރު މަސްވެރިކަމަށް އެންމެ ބޮޑަތި އިންވެސްޓްތަކެއް ކޮށްފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި މިކަން ކުރާ ރަށަކީ ކެޔޮދުއެވެ. މިހާރުވެސް މަސްވެރިކަމަށް ބޭނުންކުރާ އެންމެ ބޮޑު އުޅަނދު އޮތީ ކެޔޮދޫގައެވެ.

ކެޔޮދޫގެ އަންހެނުންނަކީ އެރަށުގެ އިޤްތިޞާދުގެ ވަރަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެރަށުގައި ހުރި ޓްވަރިސްޓް ފިހާރަތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އަންހެނުންނެވެ. މީގެ އިތުރުން ފަންގިވިނުމުގެ މަސައްކަތަކީވެސް ކެޔޮދޫގެ އަންހެނުން އިތުރު އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ. 

ކެޔޮދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްހެޔޮކަމާއެކު މަރުޙަބާ ކިޔާ ބަޔެކެވެ. މުރާލި އަދި ރަށް ތަރައްޤީކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރާ ބަޔެކެވެ.




#Article 298: ތިނަދޫ (ވ. އަތޮޅު) (118 words)


ފެލިދެ އަތޮޅުގެ އާބާދީ އެންމެ ކުޑަ ރަށަކީ ތިނަދޫ އެވެ. މިއަތޮޅުގެ މީހުން އުޅޭ ދެވަނަ ރަށަކީ ތިނަދުއެވެ. މިރަށުގެ އާބާދީއަކީ 102 އެވެ. އެއީ 102 ފިރިހެނުންނާއި 100 އަންހެނުންނެވެ. އާބާދީ ކިތައްމެ މަދަސް ތިނަދޫގެ ރައްޔިތުންނަކީ ރަށް ތަރައްޤީކުރުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ ބައެކެވެ. މިގޮތުން މިރަށުގައި އެންމެ ދަތިވެފައިވާ ކަންތައް ކަމުގައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ރައްޔިތުން އިސްނަގައިގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީގައި އެރަށުގައިމިހާރުވަނީ ބަނދަރެއް ހަދާފައިއެވެ.

ތަޢުލީމީ ހާލަތު މިރަށުގައި މާ ރަނގަޅެކޭ ދެންނެވޭކަށް ނެތެވެ. ސަބަބީ ރަށުގައި ކިޔަވާކުދިން މަދުވުމެވެ. އެހެން ނަމަވެސް ތިނަދޫގެ ކުދިން އެހެން ސްކޫލްތަކުގައި ކިޔަވަމުން އެކަށީގެންވާ ނަތީޖާތައް ހޯދަމުން ގެންދާކަން ފާހަގަކުރެވެއެވެ. 

މިރަށަކީ މިއަތޮޅުގެ އެހެން ރަށްރަށާއި އަޅާ ބަލާއިރު ބިމުގެ ގޮތުން ތަނަވަސް ތަށެކެވެ. އިޤްތިޞާދީ މަސައްކަތްތަކެއް ކުރުމަށް ބިމުގެ ވަޞީލަތް އޮތް ރަށެކެވެ. 9.1 ހެކްޓަރގެ މިރަށުގައި މީހުން އާބާދުވެފައިވާ ކުޑަ ސަރަހައްދެއް ފިޔަވައި ދެން އޮތް ބިންތަކުގައި އިޤްތިޞާދީ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު އެބަ އޮތެވެ. މިހާރުވެސް އެމިއްލަ ފަރާތަކުން ދަނޑުވެރިކަންވެސް އެރަށުގައި ފުޅާދާއިރާއެއްގައި ކުރެއެވެ.ުދަނޑުވެރި ކަމަކީ




#Article 299: ކާމަރަނގަ (211 words)


ކާމަރަނގަ ފުރަތަމަ ހައްދާފައިވަނީ ދެކުނު އޭޝިޔާ އަދި އިރުމަތީ އޭޝިޔާގެ ގައުމު ތަކުގައެވެ. ޚާއްޞަކޮށް އޮޅުދޫ ކަރަ، ހިންދުސްތާން، އަދި މެލޭޝިޔާ އާއި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައެވެ. ނަމަވެސް މިހާރު ޕެރޫ، ބްރެޒިލް، ގާނާ، ގުޔާނާ، ފްރެންޗް ޕޮލީނީޝިއާ، އަދި ޓޯންގާ ގައި ވެސް ހައްދައެވެ. ވިޔަފާރީގެ އުސޫލުން އެމެރިކާގެ ފްލޮރިޑާ އަދި ހަވާއީ ގައި ވެސް ހައްދައެވެ. ކާމަރަނގަ އަކީ ބިލިމަގާއި ސިފައިގައި ވައްތަރު ގޮތެއް ހުންނަ ކާނާގެ ބާވަތެކެވެ. 

 
ކާމަރަނގައިގެ ޢިލްމީ ނަމަކީ އެވްރިއާ ކަރަމްބޯލާ އެވެ. ކާމަރަނގަ މިނަން ދިވެހި ބަހަށް އައިސްފައިވަނީ ސިންހަޅަ ބަހުންނެވެ. 

 
ދިގު ފަތްތަކެއް ހުންނަ ކާމަރަނގަހުގެ މަލަކީ ފިޔާތޮށި ކުލައިގައި އިންނަ މަލެެކެވެ. ޢާއްމުކޮށް މާ އަޅައިފައި އިންނަނީ ކޯނީގެ ކުރީގައި ނުވަތަ ފަތުގެ ބުނޑުގައެވެ. ބޯކޮށް އިފިތައް އެލިފައި އޮންނަ މިގަހުގެ އުސްމިން ބައެއް ފަަހަރު 5 މީޓަރު އުހަށް އަރައެވެ. ގަސްތައް ބެހިފައިވާ ޢާއިލާ ތަކުގެ ތެރެއިން އޮކްސަލިޑަސީ އޭ ކިޔޭ ޢާއިލާގައި ހިމެނޭ މިގަހަކީ ޢާއްމުކޮށް އިރުގެ އަލިކަން މާބޮޑަށް ބޭނުންވާ ގަހެއް ނޫނެވެ. 

 
ކާމަރަނގަ އަކީ ތަރި މޭވާ ނުވަތަ ސްޓާރ ފުރުޓް ގެ ގޮތުގައި މަޝްހޫރު ވެފައިވާ މޭވާ އެކެވެ. މިމޭވާ އަށް ކާމަރަނގަ، ކަރަމްބޯލާ، ކޮރޯމޮންޑެލް ގޫސްބެރީ އޭ ވެސް ކިޔައެވެ. ތަރި މޭވާ އޭ ކިޔެނީ މެދުން ހުރަކަށް ބުރިކޮށްލުމުން މޭވާގެ ސިފަ ތަރިއެއްގެ ބައްޓަމަށް ފެންނަށް ހުންނާތީ އެވެ. ކާމަރަނގަ އަކީ ފޮނި ހުތް ތޫނު ރަހައެއް ހުންނަ މޭވާ އެކެވެ. މުށި ކުލައިގެ ކުދި އޮށްތަކެއް ހުންނަ މިމޭވާ އަކީ ވިޓަމިންސީ ލިއްބައިދޭ ރަގަޅު މަޞްދަރެކެވެ. ކާމަރަނގަ ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ރީދޫ ކުލައަށް ބަދަލުވެއެވެ. މިދެމަރުހަލާގައި ވެސް ކާނާގެ ގޮތުގައި ކާމަރަނގަ ކައި އުޅެއެވެ. ތަފާތު 17 ވައްތަރެއްގެ ކާމަރަނގަ ހުންނަކަން މިހާތަނަށް ހޯދިފައި ވެއެވެ.

 
ކާމަރަނގަ އިން ޖޫސް ހަދައެވެ. އަދި ރަލުގެ ވައްތަރެއް ކަމުގައިވާ ވައިން ހަދައެވެ. ބަރުމާގައި ޓީ ޕިކްލް ހެދުމަށް ވެސް ކާމަރަނގަ ބޭނުން ކުރެއެވެ. 

 




#Article 300: ޢަބްދުﷲ ސަޢީދު (މަނަދޫ) (394 words)


ޢަބްދުﷲ ސަޢީދު އަކީ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އޭނާ ލިޔުންތައް ރާއްޖޭގައި ނެރެވޭ ބައެއް މަޖައްލާތަކުގައިވަނީ ޝާއިޢު ކުރައްވާފައެވެ. އުދަރެސް މަޖައްލާ އާއި މަނަސް މަޖައްލާއަށް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ފިޝަރީޒު މިނިސްޓްރީން ނެރުއްވާ  ރަސްއައިން މަޖައްލާއަށާއި އެމްއެންޑީއެފް އިން އަހަރަކު ދެފަހަރު ނެރުއްވާ  އައްޑަނަ މަޖައްލާއަށްވެސް ލިޔުއްވާފައިވެއެވެ. ޢަބްދުﷲ ސަޢީދަކީ ގެ ޑެޕިއުޓީ އެޑިޓަރެވެ.

ޢަބްދުﷲ ސަޢީދަކީ އެހެން މީހުންގެ އިޙްސާސްތައް ދެނެވަޑައިގެން، އެހެންމީހުންގެ ޚިޔާލުތަކަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ. އިންސާފަށް ލޯބިކުރައްވާ ލިޔުންތެރިކަމުގެ ރޮގުން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 
އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މަނަދޫގެ ތާރީޚަށްޓަކައި ކުރައްވާފައިވާ ޚިދުމަތްތަކެވެ. އޭގެ ތެރޭގައި މަނަދޫގައި މީހުންގެ ތުންތުންމަތިން އައިސްފައިވާ ފޯކްލޯރުތައް އެއްކުރައްވާ ޝާއިޢުކުރެއްވުމާއި މަނަދޫގެ އެކިއެކި ޝަހުސިއްޔަތުގެ ހަޔާތުނާމާ ލިޔުއްވުމާއި މަނަދޫ ބަސްފޮތް އެކުލަވާލެއްވުން ހިމެނެއެވެ. މަނަދޫ ބަސްފޮތަކީ މަނަދޫ މީހުން ތަކެއްޗަށްކިޔާ ނަންނަމުގެ ތެރެއިން ދިވެހިބަސްފޮތުގައި ނުހިމެނޭ ނަންނަމުގެ ބަސްފޮތެކެވެ. ނުވަތަ މަނަދޫ މީހުން ކިޔާގޮތާއި ދިވެހި ބަސްފޮތުގައިވާގޮތް  ތަފާތު ބަސްތަކުގެ ބަސްފޮތެކެވެ. 

 
މަނަދޫ ޢަބްދުﷲ ސަޢީދަކީ މަނަދޫ އަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ހުވަދޫ ކެޔޮޅުގެ، ހާރޫނު ހާޖީކަލޭފާނު( ހާޖީބެ ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) ގެ ސަޢީދު ޤާސިމް ( ދޮންތުއްތު ) ގެ ޢަބްދުﷲ ސަޢީދެވެ. މީނާގެ މަންމައަކީ މަނަދޫ ކެޔޮޅު އިބްރާހިމް ( އިބްރާހިމް ޙަސަން ) ގެ ޒުލޭޚާ އިބްރާހިމް ( ކަނބުލޮ ) އެވެ. ޢަބްދުﷲ ސަޢީދަކީ ސަޢީދު ޤާސިމް އާއި ޛުލައިޚާ އިބްރާހިމަށް ލިބިވަޑައިގެން ތިންވަނަ ދަރިކަލުންނެވެ. ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ މަނަދޫ ކުދިލުބޯމާގެ ( ބޮޑުކާށިގެ ) ގައެވެ. އެގެ ހުރީ މަނަދޫ އިރުމަތީ އަވަށުގައި އިރުއުތުރު އެންމެ ކޮޅުގައެވެ. މިހާރު އެގެ ހުރިތަނަކީ ހުސްބިމެކެވެ. އެގެއާ ޖެހިގެން ހުންނަނީ މަނަދޫ ރައިމާގެއެވެ. ޢަބްދުﷲ ސައީދު އުފަންވީ މީލާދީ ސަނަތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުންނަކީ މަނަދޫ ކަރަންކާވިލާ ފާތިމަތު އަންވަރީއެވެ. މި ދެމަފިރިންނަށް ދެދަރިކަނބަލުން ލިބިވައިގެންފައިވެއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދުއެވެ. ޢަބްދުﷲ ސަޢީދުގެ ހޯމްޕޭޖް އެޑްރެހަކީ އެވެ.

ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ ނ. މަނަދޫއަށެވެ. އެންމެ ތުއްތު އިރު ދިރިއުޅެފައިވަނީ މަނަދޫ ބޮޑުކާށިގޭގައެވެ. އޭގެފަހުން ދިރިއުޅެމުން އައީ މަނަދޫ މާލްރޯޑްގައެވެ. ކިޔަވާފައިވަނީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައެވެ.ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވި އެދުރު ދައިތައިންގެ ތެރޭގައި ޙައްވާފުޅު ދައިތަ، މަނަދޫ ކަންމަތީގެ ފާތުމަދައިތަ، މަނަދޫ އުޑުވިލާގެ މަރިޔަމް މަނިކެދައިތަ ހިމެނެއެވެ. ޢަބްދުﷲ ސަޢީދު ޤުރުއާން ކިޔެވީ އޭނާގެ ލޮބުވެތި ބައްޕަ ސަޢީދު ޤާސިމްގެ އަރިހުންނެވެ. ޢަބްދުﷲ ސަޢީދަކީ ނ. އަތޮޅު މަދަރުސާގެ ފުރަތަމަ ސްކޫލް ކެޕްޓަނެވެ. މީނާވަނީ ރާއްޖޭގައި ބޭއްވި ފުރަތަމަ ސްކައުޓް ޖަމްބޮރީގައި ބައިވެރިވެފައެވެ.  އެ ޖަމްބޮރީ ބޭއްވުނީ 1986 ސެޕްޓެމްބަރު 20 އިން 23 އަށް މާލެ އަތޮޅު ކުޑަބަޑޮހުގައެވެ. މީނާއަކީ ސްކައުޓް ލީޑަރެކެވެ.

 
ނ.އަތޮޅު މަދަރުސާއިން ކިޔަވާ ވިދާޅުވެގެން ސްކޫލް ޙަޔާތް ނިންމަވާފައި ޢަބްދުﷲ ސަޢީދު ސަރުކާރަށް ވެދެވަޑައިގެންނެވިއެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ ނ. އަތޮޅު އޮފީހުގައެވެ. އޭގެފަހުން ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެމްއެންޑީއެފްގައެވެ. ޢަބްދުﷲ ސަޢީދުއަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާވަނީ މަނަދޫ އެކުވެރިންގެ ގުޅުމަށް އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކުޅެފައެވެ. އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އުފުއްލަވާފައިވެއެވެ. އޭގެފަހުން އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް ޓީމަށް ފުޓްބޯޅަ ކުޅެފައިވެއެވެ. 

 
ޢަބްދުﷲ ސަޢީދު ކައިވެނި ބައްލަވައިގެންފައިވަނީ ނ. މަނަދޫ ކަރަންކާވިލާ އަލްފާޟިލާ ފާޠިމަތު އަންވަރީއެވެ. ޢަބްދުﷲ ސަޢީދު އިތުރު ކައިވެންޏެއް ކުރައްވާފައެއް ނުވެއެވެ. މިކައިވެންޏަށް 3 ދަރިން ލިބިވަޑައިގެންނެވިއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދު އާއި އީފާ ޢަބްދުﷲ ސަޢީދެވެ.

[ޢަބްދުﷲ ސަޢީދުގެ ހޯމް ޕޭޖް]




#Article 301: މުޙައްމަދު ނިޔާޒް ޓެޑްރީ (216 words)


މުޙައްމަދު ނިޔާޒް (ޓެޑްރީ) އަކީ ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ފަރާތެކެވެ. ޑައިރެކްޓަރެއް ޕްރޮޑިއުސަރެއްގެ އިތުރުން އަމިއްލަ ސްޓޫޑިއޯ އެއް ހިންގައެވެ. 

މުޙައްމަދު ނިޔާޒް ޓެޑްރީ ގެ އަމިއްލަ ސްޓޫޑިއޯ އިޓާނަލް ފިކްޗަރސް އާއި ކްލަބް ސްކޯޕް ގުޅިގެން، އަބްދުލް މުޙައިމިން ޕްރޮޑިއުސްކޮށް 1994 ވަނަ އަހަރު އުފެއްދި ފިލްމު ދެރިޔާ އަކީ ދިވެހި ފިލްމީ މަސްރަހު ބަދަލު ކޮށްލި ފިލްމެކެވެ. ގިނަބަޔަކު ގަބޫލު ކުރިގޮތުގައި ފިލްމު ހަދާ ސްޓައިލް ނުވަތަ ގޮތްގަނޑު ދެރިޔާގެ ސަބަބުން ބަދަލު ކުރަން މަޖުބޫރު ވެގެން ދިޔައެވެ. ފުރަތަމަ ފިލްމީ އެވޯޑްގައި ތަފާތު އެތައް އިނާމްތަކެއް ޙާޞިލްކުރި މިފިލްމަށްވަނީ ފައިސާގެ ގޮތުން ވެސް ބޮޑު ކާމިޔާބީއެއް ލިބިފައެވެ. 

އޮލިމްޕަހުގައި ދެއްކި 36ޝޯގެރެތެއިން ހައުސް ފުލް 34ޝޯ ދެއްކި ދެރިޔާގައި ބަތަލް ބައި ކުޅުނީ ފިލްމީ މަސްރަހަށް މުޅިން އަލަށް ނިކުތް ފަރާތެއް ކަމުގައިވާ ޢަލީ ޚާލިދު އެވެ. ބަތަލާ ބައި ކުޅުނީ ޢަލީ ޚާލިދުގެ ހަގީގީ ދިރިއުޅުމުގެ އަންހެނުން ހައްވާ ޒާހިރާ އެވެ. މީގެ އިތުރުން މިފިލްމްގައި ކޮއްޔަ ހަސަން މަނިކު، މަރިޔަމް ވަހީދާ، އަހުމަދު ޝިމާޢު، އަދި އައިޝަތު ވަހީދާ އާއި، ހައްވާ ރިޔާޒާ ހިމެނެއެވެ.

ދެރިޔާ އަށްފަހު ޓެޑް ޕޮރޮޑިއުސްކޮށް މަހުދީ އަހުމަދު ޑައިރެކްޓްކުރި އަމާނާތް ވެސް ވަނީ ބޮޑެތި ކާމިޔާބުތައް ހޯދާފައެވެ. ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހެދި ފިލްމްގެ ބަތަލް ބައިވެސް ކުޅުނީ އަލީ ޚާލިދު އެވެ. މީގެ އިތުރުން ޖަމްޝީދާ އަދި ފާތިމަތު ރަމީޒާ ބޮޑު ބަޔެއް މިފިލްމްގައި އަދާކޮށްފައި ވެއެވެ. ކުޑަކުދިންތަކެއް މުހިއްމު ރޯލްތަކެއް ހިމެނޭ މިފިލްމު ވަނީ އެންމެ ފަހުގެ ފިލްމީ އެވޯޑްގައި 12 އެވޯޑް ހާޞިލްކޮށް ރިކޯޑް މުގުރާލައިފައެވެ. 

ޓެޑްރީގެ ފިލްމު ކުންފުނިން ހަދަން ގަސްތުކޮށް ނުހެދި ވާ ފިލްމުތަކުގެ ތެރޭގައި ދުންތަރި، މަންމަ ފަދަ ފިލްމްތައް ހިމެނެއެވެ. މިއަދު ޓެޑްރީގެ ސްޓޫޑިއޯ އިން އިޝްތިހާރާއި ލަވަތައް އުފައްދައިގެން ނެރެއެވެ.

މުޙައްމަދު ނިޔާޒްގެ ފިލްމް އަމާނާތަށް 2007 މާރޗް 3ގައި ބޭއްވި 3 ވަނަ ގައުމީ ދިވެހި ފިލްމް ފެސްޓިވަލްގައި ޖުމްލަ 12 އެވޯޑް ލިބިފައި ވެއެވެ. 




#Article 302: ނިއުމާ މުޙައްމަދު (371 words)


ނިޢުމާ މުޙައްމަދު އަކީ ދިވެހި ފިލްމީ ބަތަލާ އެކެވެ. އޭނާވަނީ ދިވެހި އެތަކެއް ވީޑިޔޯ ލަވަތަކާއި، ޓީވީ ޑްރާމާ، ޑްރާމާ ސިލްސިލާ، ކުރު ފިލްމް އަދި ފީޗަރ ފިލްމް ތަކުގައި ހަރަކާތްތެރި ވެފައެވެ. 

 
ނިޢުމާ މުޙައްމަދު އަކީ ގއ.ވާދޫ އަށް އުފަން ފިލްމީ ތަރިއެކެވެ. ނިޢުމާ ތަޢުލީމް ޙާޞިލްކުރީ މާފަންނު މަދަރުސާ އިންނާއި، އީޕީއެސް އިންނެވެ. އޭނާގެ ތަޢުލީމީ މަރުޙަލާ ނިންމީ އީޕީއެސްގެ ގްރޭޑް 8 ންނެވެ. ނިއުމާވަނީ މިހާތަނަށް 3 ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނިކުރީ ރ.އަލިފުށީ އިބްރާހީމް ޙަބީބް އާއެވެ. ޙަބީބު އާއި ނިޢުމާ ކައިވެނިކުރީ 2002 ވަނަ އަހަރު އެވެ. ޙަބީބް ވަނީ ދާދިފަހުން އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. ދެވަނަ ކައިވެނީ ކުރީ ފިލްމީ ބަތަލު ޢަލީ ސީޒަން އާއެވެ. އެއީ 2004 ގައެވެ. ނިއުމާ ކުރިން ކުރި ދެކައިވެނި ވެސް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރޫޅިފައެވެ. 

މިހާރު ނިއުމާ ކައިވެނިކޮށްގެން އުޅެނީ ލ.ކަޅައިދޫ ޙަސަން ކިޔާ މީހަކާއެވެ. ނިޢުމާ އާއި ޙަސަންގެ ކައިވެނި ކުރެވުނީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފިލްމް ތަކެއް ކުޅުމަށް ހއ. އިހަވަންދޫ އަށް ގޮސްތިބި ތިބުމުގައި އިހަވަންދޫގައި 2007 ވަނަ އަހަރުގެ ފަހުކޮޅު ގައެވެ. އެއީ ގާތް ގަނޑަކަށް ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ 2007 ހިސާބުގައެވެ. ނިޢުމާ މިހާރު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.

ނިއުމާގެ ފުރަތަމަ ދަރިފުޅުގެ ނަމަކީ ޒޯޔާ ޙަސަން އެވެ.

ނިއުމާ މުޙައްމަދު ދިވެހި ފިލްމީ އޮޅިގަނޑު ގިރާކުރީ 1995 ވަނަ އަހަރު ދިވެހި ޓީވީން ދެއްކި ފުރަތަމަ ދިވެހި ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ އިންނެވެ. ޢަލީ ޝަމީލް، އާމިނަތު ރަޝީދާ، އަދި ޢާރިފާ އިބްރާހީމް ލީޑްރޯލް ތަކުގައި ނިޢުމާ އެކުގައި ފެނިގެންދާ މިޑްރާމާ އަކީ ޢައިޝަތު ނީނާގެ އަވާމެންދުރު ވާހަކައިގެ މައްޗަށް ތައްޔާރު ކުރެވުނު ޑްރާމާ އެކެވެ. މިޑްރާމާގައި ނިޢުމާ ކުޅެފައިވަނީ ރާއްޖެތެރެއިން މާލެއަށް ގެންނަ ކުއްޖަކު ގޭގެ ޞާހިބު މީހާއާއި ރައްޓަހިވެ، އޭނާއާއި ކައިވެނިކޮށްގެން އުޅޭ އަންހެންކުއްޖެއްގެ ބައެވެ. މިއީ ދިވެހި ޓީޥީން ޕްރޮޑިއުސްކޮށް ޓީވީގެ ޑައިރެކްޓަރ މަރިޔަމް ޝައުގީ ޑައިރެކްޓްކޮށްފައިވާ ޑްރާމާ ސިލްސިލާ އެކެވެ. 

ނިއުމާވަނީ މިހާތަނަށް 1000 އަށްވުރެ ގިނަ ވީޑިއޯ ލަވަ ކުޅެދީފައެވެ. އަދި 20 ޑްރާމާ އާއި، 34 ފިލްމެއްގައި ( 6ޖޫން 2008 އާއިހަމައަށް) ހަރަކާތްތެރި ވެފައި ވެއެވެ. އެގޮތުން ނިޢުމާ ކުޅެފައިވާ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ ފަތިސް ހަނދުވަރު، 1999 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސްގެ ބަދަލު، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ ހިތް އެދެނީ، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ ގިނި ހިލަ، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ކަލާޔާ ނުލާ، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ ދަރިންނަށްޓަކައި، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ ހިޔަނި، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ ޔޫސުފް ފަދަ ފިލްމްތައް ހިމެނެއެވެ. 

ނިޢުމާ މުޙައްމަދު ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުޙީބު އެންމެ ބޮޑަށް ލިބިގެން ގޮސްފައިވަނީ ފަތިސް ހަނދުވަރުގައި ކުޅެފައިވާ ރޯލަށެވެ. ނިޢުމާ، ރީކޯ މޫސާ، ޢާރިފާ، ޝަމީލް، ޝެލީ އިސްރޯލްތައް ކުޅުނު މިފިލްމްގެ 33 ހައުސް ފުލްޝޯ ދައްކާފައި ވެއެވެ. ބިންމާ ވަޙީދު ލިޔެފައިވާ ބިރުވެރި ވާހަކައަކަށް ޢީސާ ޝަރީފް ޑައިރެކްޓްކޮށް ސްލޭމް ސްޓޫޑިއޯއިން އަސްލަމް ރަޝީދު ޕްރޮޑިއުސްކުރި މިފިލްމް ވެފައިވަނީ މިހާތަނަށް ރާއްޖޭގައި ނިކުތް އެންމެ ކާމިޔާބު އެއް ދިވެހި ފިލްމަށެވެ. 




#Article 303: ބާރަށް (ހއ. އަތޮޅު) (856 words)


(ލިޔުނީ-މުހަންމަދު ޝާމިނު/މެޓް)

.ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 14 ވަނަ ރަށެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށް އޮންނަނީ ބާރަށު މެދުން ފިއްލަދުއަށް 17 ޑިގްރީގައެވެ. ހަނިމާދޫ ކޮޅުން ބާރަށު ކޮޅަށް 213 ޑިގްރީގައެވެ. ލެޓިޓިއުޑް ( އީސްޓް ) 7312.442 ލޮންގި ޓިއުޑް 76.49.91 ( ނޯތު ) ގައެވެ. ރަށުގެ ބޮޑުމިނުގައި 249 ހެކްޓަރ ހުރެއެވެ. މިރަށަށް ދެވިފައިވާ އަކުރަކީ A-16 އެވެ. މިރަށާއި އެންމެ ކައިރިއަށް މީހުން ދިރިއުޅޭ ރަށަކީ ރަށުގެ އުތުރުން ހއ. ފިއްލަދުއެވެ. ދެކުނުނުން ހދ. ހަނިމާދުއެވެ. ރަށުގެ ހުޅަނގު ފަރާތުން ހއ. މުރައިދުއެވެ. ރަށާއި އެންމެ ކައިރީގައި އޮންނަ ފަޅުރަށަކީ ހއ. މާފައްސެވެ. ބާރަށުން ފިއްލަދުއަށް ދިއުމަށް ނަގަނީ 45 މިނިޓް ކަމަށާއި، ހދ. ހަނިމާދޫން ބާރަށަށް 30 މިނިޓް ނަގާކަމަށާއި، މުރައިދުއަށް ދިއުމަށް ނަގަނީ 15 މިނިޓެވެ. އަދި މާފައްސަށް ދިއުމަށްވެސް ނަގަނީ 15 މިނިޓެވެ. ރަށުގެ ފަޅު މަޑުވެ ވަދެނުކުރުމަށް ފަސޭހަކަމުގެ ގޮތުން މިރަށް ވަނީ މަޝްހޫރު ރަށަކަށް ވެފައެވެ.
 
މިރަށަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރީތި މާހައުލަކާއި، ހިތްފަސޭހަ ވެއްޓެއް އޮންނަ އަދި ވަރަށް ރައްކާތެރި ލަފާފުރަން ފަސޭހަ ފަޅެއް އެކުލެވިގެންވާ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރި ވީއްސުރެން މީހުން އާބާދުވެ ދިރިއުޅެމުންދާ ރަށަކަށްވުމާއި، ރަށުގެ މީހުންނަކީ އެމީހުންގެ އަމިއްލަ މަސައްކަތުން ހައްދާ ގޮވާމުގެ ބާއްވަތްތަކާއި، ރާވެރިކަމާއި ، މަސްވެރިކަމުގެ މަސައްކަތުން ކައިބޮއި އުޅެމުންއައި ރައްޔިތަކު ދިރިއުޅޭ ރަށަކަށްވުމާއި، އަދި އަމިއްލަ މަސައްކަތުން އޮޑިދޯނި ފަހަރު ބަނުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަތްތެރިމަސައްކަތާއި، ހިރިގަލާއި ވެލިގަލުގެ މަސައްކަތްކޮށް އުޅޭ ބަޔަކަށް ވުމާއި، މީގެ އިތުރުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ބަންޑާރައިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި ރަށަކަށްވުމާއި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވިޔަޒޯރު އަތޮޅުވެރިކަން ކުރެއްވި ރަށަށްވުމާއި، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ އޮތް ރަށަކީވެސް މިރަށަށްވުމާއި، އަދި ތާރީޚީ ގޮތުން މުހިންމު ތަންތަނާއި، ގިނަ ހާދިޞާ ތަކެއް ހިނގާ މިހާރުވެސް އެފަދަ ތަންތަން ފެންނަން ހުރި ރަށެކެވެ.
 
ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އޮތޮޅުގައި މިހާރު މީހުންއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ބޮޑު 05 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 1891 އެވެ. އެއީ 945 އަންހެނުންނާއި، 946 ފިރިހެނުންނެވެ.
o ރަށުގެ ހިސްޓްރީ:
 

މިމިސްކިތަކީ ވެލިގަލާއި، އުވަ ބޭނުންކޮށްގެން ހަދާފައިވާ ތާރީޚް ނޭނގޭ ޒަމާންވީ މިސްކިތެކެވެ. މިމިސްކިތުގެ އުތުރު ފަރާތު ފެންޑާގެ ހުޅަނގުގައި މުޙަންމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ ތަނެއް އެބަހުއްޓެއެވެ. މިތަނުގެ މަތީގައި އެޒަމާނުގައި ވަނީ ސަނދުވާ ދަމާ ޒީނަތްތެރި ކޮށްފައެވެ. މިމިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލާ އުވަ ބޭނުންކޮށްގެން ހަދާފައިވާ 15 ފޫޓުގެ އުސްމިނުގެ މުންނާރެއް ހުރެއެވެ. އަދި އިރު އުތުރުގައި ވެލިގަލުގެ ޒަމާންވީ ވަޅެއް ހުރެއެވެ.އަދި މިސްކިތުގެ އުތުރު ފަރާތުގައި ފޮރުވާލެވިފައިވާ ފެންވަރާ ވެވެއް އެބައޮތެވެ. މިމިސްކިތް މިގޮތަށް ބެހެއްޓުމަށްޓަކާ ރައްޔިތު ފެންވަރުގައި އެކިފަހަރު މަތިން ޓިނު ބަދަލުކުރެއްވި އަދި މިހާރުވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިމިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް މޮޅު ޓިނުޖަހާ މަތިވަޑާންގަނޑު ބަދަލުކޮށް ރީތިކޮށް ހަދާފައެވެ. އަދި މުންނާރާއި، ޒަމާންވީ ވަޅުވެސް ވަނީ މަރާމަތުކޮށް ރަނގަޅުކުރެވިފައެވެ.
 

އުތީމު މުޙަންމަދު ތަކުރު ފާނު ޕޯޗުގީޒު ލަސްކަރާ ޖިހާދު ކުރެއްވުމަށް ބެންނެވި އޮޑިކޮޅު ( ކަޅުއޮށްފުންމި ) ބަންނަވާފައިވަނީ މިރަށުގައެވެ. މިއޮޑިކޮޅު ބެންނެވި އޮޑިވަޅާއި، ހަރުގެ އެޅުއްވުމަށް ޖެއްސެވި ނިކަމުޑިތައް ރޯވެ މިހާރުވެސް އެތަނުގައި ފެންނަށް އެބަހުއްޓެވެ. އަދި އެބޭފުޅުން މިއޮޑި ކޮޅު ބެންނެވުމަށް ހަރުގެ އެޅުއްވެވިއިރު މާތްﷲގެ ވާގިފުޅުން އެބޭފުޅުންނަށް ދެއްވި ބަރަކާތެއް ކަމަށް ބުނެވޭ އަރިފަނުން ވާރޭ ހިޔާވުން ހަމައެކަނި ލިބިފައިވާ ރަށަކީވެސް މިރަށަށްވުން ޚާއްޞަ ގޮތެއްގައި މިހާރުވެސް ފާހަގަ ކުރެވެއެވެ.
 

މިދެވަޅުކޮޅަކީ ކަޅުއޮށްފުންމި ބެންނެވިއިރު ދެލިއުނބަށް ފެންޖެއްސެވުމަށާއި، އަދިވެސް އެކަމާއި ގުޅޭ ކަންކަމަށް ފެންބޭނުންކުރެއްވި ދެ ވަޅުކޮޅެއެވެ. މިދެވަޅުކޮޅު ހަދާފައިވަނީ ވެލިގަލާއި، އުވަ ބޭނުންކޮށް، ފެނާ ހަމާގައި ޅޮސް ( ލަކުޑިއެއް ) ބޭނުންކޮށްގެންނެވެ މިދެވަޅުންކުރެ އިރުމަތީގައި ހުރި ވަޅުގައި ކަޅުއޮށްފުންމިއަށް ބޭނުންވާ މަދަނާ، ދެލި ފުނޑުއްވި ކަޅުހިލަދައި މިހާރުވެސް އެބައޮތެވެ. މިމަގުގެ ދެފަރާތުގައި ކަޅުއޮށްފުންމި ބެންނެވިއިރު ހަރުގެ އެޅުމަށް ދެފަރާތުގައި ޖެއްސެވި ނިކަމުޑިތައް ރޯވެ ބޮޑެތި ގަސްގަހަށްވެ އަދިވެސް އެގަސްތައް އެމަގުގެ ދެފަރާތުގައި މިހާރުވެސް އެބަހުއްޓެވެ. އަދި ކަޅުއޮށްފުންމި ބެންނެވިއިރު ވަޅުލެއްވުމަށް ކޮންނަވާ ނެންގެވި ފަސްގަނޑު މަގުގެ އުތުރު ފަރާތުގައި އެބައޮތެވެ. މިދެވަޅުކޮޅު މިގޮތަށް ބެހެއްޓުމަށްޓަކާއި ރައްޔިތު ފެންވަރުގައި މިމަގު ކުނިކަހާ ސާފުތާހިރުކޮށް ދޭތެރެ ދޭތެރެއިން ވަޅުދިޔަ ހިއްކާ ހަދައެވެ. އަދި ސަރުކާރުން މިހާރު ދެފަހަރެއްގެ މަތީން އެދެވަޅު ވަށައިގެން ފޫޓު ފާރުލާ، އެތަނަށް ވަދެ ނުކުތުމަށް ދޮރުލައިފައިވެއެވެ.
 

މި މަގަކީ ޢީދު ކުޅިވަރު ކުޅުނު ދުވަހު މުޙަންމަދު ތަކުރުފާނު ބޮލަށް ގޮންޖެއްސެވި ބާރަށު ބޯށިވަލު ބުޅާފާޠިމާގެ ރެހެންދި ގޮއްޔެ ގޮވައިގެން އިރުމަތި ފުއްޓަރު ފަރާތަށް ގެންދިއަ މަގެވެ. ( މިފުއްޓަރު ފަރާތުން އެކަކު އަނެކަކަށް ލޯބިވެ ކައިވެނި ކުރުމަށް އެއްބަސްވެގެންނެވެ. ) އަދި މި މަގަކީ ސިއްތިމާވާ ރަނިކިލެގެފާނު ބަލިވެގެން ކިޔަވާ ގެއެއް އަޅާ ކިޔެވެލި ކިޔެވި މަގެވެ. އަދި
މިކިޔެވެލި ކިޔެވިއިރު ފެން ނެންގެވުމަށް ބޭނުންކުރެއްވި ވަޅުކޮޅުވެސް މިމަގުގެ ދެކުނު ފަރާތު ފުއްޓަރާ ކައިރީގައި ފޮރުވާލެވިފައި އެބަހުއްޓެވެ. މިމަގު މިގޮތަށް ބެލެހެއްޓުމަށްޓަކާ ރައްޔިތު ފެންވަރުގައި މިމަގު ދެފަރާތުގައިވަނީ ދިވެހި ރުއް އިންދާފައެވެ. އަދި ދޭތެރެ ދޭތެރެއިން ރައްޔިތުން ނުކުމެ ކޮށާ އަލިކޮށް އަންހެނުން ކުނިކަހާ ހަދަމުން ދެއެވެ.
 

މި ވަޅަކީ މުޙަންމަދު ތަކުރުފާނުގެ އަނބި ކަނބަލުން ސިއްތިމާވާ ރަނިކިލެގެ ފާނު ވަރަށް ބޮޑަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަމުން ސަލާމަތް ކުރައްވާތޯ ފުއްޓަރު ފަރާތުގައި ކިޔެވެލި ކިޔެވިއިރު ފެންބޭނުން ކުރެއްވުމަށް ކޮންނެވި ވަޅެވެ.
 

މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
 
 
 

މިމަގަކީ ޕޯޗުގީޒު ވެރިކަމުގައި ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރިއިރު ޢީދު ކުޅިވަރުގެ އެންމެހާ ކަންތައްތައް ބާއްވަވާ މަގެވެ. މިމަގުގެ މިގޮތަށް ބޭއްވުމަށްޓަކާ ރައްޔިތު ފެންވަރުގައި ކުނިކަހާ ސާފުކުރަމުން ގެންދެއެވެ. މި މިގު މިހާރުވެސް ފެންނަށް އެބައޮތެވެ.
 

މި ތިންބެރެބެއްޖަކީ އުތީމު ޙަސަން ތަކުރުފާނުގެ ފަހަވެރި ކަމަނާ ( ބާރަށު ރެހެންދި ގޮއްޔެ ) މަލިކަށް ގެންދެވުމަށް ރޭގަނޑު ދަންވަރު ކަޅުއޮށްފުންމީގައި ޙަސަންތަކުރުފާނު އައިސް ފުއްޓަރު ފަރާތު އިރު ދެކުނުގައި މަޑުކުރައްވާ ފަހަވެރި ކަމަނާ ގޮވައިގެން ފުރި ދިމާލެވެ. މިކަމަނާ ގޮވައިގެން ދަމުން ދިއައީ ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރަން އަޅާފައިހުރި އަތޮޅުގެ ( ވާރުގެ ) ވައްޓާލާ ކަޅުއޮށްފުންމި ހޯދުމަށް ފަހަތުންނާދެވޭގޮތަށް ބާރަށު ފަޅުގައި އަޅާފައިހުރި އޮޑިފަހަރުގެ ވާކަރާވެލި ބަދަލުކޮށް ތަރުތީބު އޮޅުވާލާފައެވެ. އަދި، މިވާރުގެ ހުރިތަންތަންކަމަށް ބުނާ ސާރަޙައްދު މިހާރުވެސް އެނގެން އެބައޮތެވެ. މިތިންބެރެބެދި ހުރިތަނަކީ ރަށުގެ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގައިވާ ތަނެކެވެ. މި ތިންބެރެބެދިގަސް މިހާރުވެސް އެތަނުގައި ފެންނަން އެބަހުއްޓެވެ.
 

މި ކަމާފާނަކީ ޢަލީ ރަސްގެފާނުގެ ދޮށީ އަނބިކަނބަލުން އަދި ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. އަދި މުޙަންމަދު ތަކުރުފާނުގެ މައިދައިތާފުޅެވެ. މިކަމަނާ ޝަހީދުކޮށްލެއްވީ ބާރަށުގައި ކަމަށްވާތީ، ބާރަށު އަޘާރީ މިސްކިތު ގަބުރުސްތާނުގެ ހުޅަނގު އުތުރު ފަރާތުގައި ވަޅުލައްވާފައިވާ މަހާނަ މިހާރުވެސް ފެންނަން އެބައޮތެވެ. ކުރީޒަމާނުގައި އެމަހާނާގައި ޒިޔާރަތްހެދި މަތިހިޔާކޮށްފައިވެއެވެ. އެތަން ހަދާފައިހުރީ ވެލިގައު ބޭނުންކޮށް މަތީގައި އީޓު ޖަހާފައެވެ. އަދި ކަނބާ ޢާއިޝާ ޝަހީދު ކޮށްލެއްވި ދުވަހު މަރާލެވުނު ތުއްފާށަނާގެ ގަބުރުވެސް ވަނީ ބާރަށުގައެވެ. ނަމަވެސް މިގަބުރު އޮތްތަނެއް ކަނޑައެޅިގެން އެނގޭކަށް  ނެތެއެވެ. ތުއްފާށަނާއަކީ މީދޫ ތަކުރުގެ ދަރިއެކެވެ.
 

ދިވެހިރާއްޖެ މިހާތަނަށް އާއިރު ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ބޭއްވިފައިވަނީ އެއް ފަހަރުއެވެ. މިފަހަރުގެ މި މުބާރާތުގެ ރީތީގެ ރާނީގެ ތާޖު ލިބިފައިވަނީ ބާރަށު ބުލްބުލާގޭ އަލްމަރުޙޫމު ޢަޙްމަދު ޢަލީ އާއި އަލްމަރުޙޫމާ ޙައްވާ ޙުސައިންގެ ދަރި އަލްފާޟިލާ ރަމްލާ އަޙްމަދަށެވެ. ދިވެހިރާއްޖެ މިހާތަނަށް އާއިރުވެސް މިރީތީގެ ރާނީގެ މަޤާމުގައި މިއަދާ ހަމައަށްވެސް ހުރީ މި ރަމްލާ އަޙްމަދުއެވެ. މި ރަމްލާ އަޙްމަދު މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ މެހެމާނުން މިރީތީގެ ރާނީ ދެކެލުމަށާއި ފޮޓޯ ނެންގެވުމަށް ގިނަ ޢަދަދަކަށް ޒިޔާރަތް ކުރުން މިހާރުވެސް ވަނީ މަޝްހޫރުވެފައެވެ.



#Article 304: ފެލިދޫ (ވ. އަތޮޅު) (166 words)


ފެލިދެ އަތޮޅުގެ ވެރިކަންކުރާ ރަށަކީ ފެލިދޫ އެވެ.ވ. އަތޮޅުގެ ވެރިކަން ކުރަނީ ފެލިދޫގައެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލާއި އަތޮޅު ތައުލީމީ މަޒުކަޒާއި އަތޮޅު ޕޮލިސް ސްޓޭޝަނާއި ޓީވީ އެމް ވ. އަތޮޅު ބިއުރޯ ޤާއިމުކުރެވިފައިވަނީ މިރަށުގަ އެވެ. ތައުލީމީ ގޮތުންނާއި ޞިއްޙީގޮތުން އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް މިރަށުން ލިބެން ހުރިކަން ފާހަގަކުރެވެއެވެ. އަދި ފެލިދޫގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެނިހެން ރައްޔިތުން މި ޚިދުމަތްތަކުގެ ބޭނުން ހިފަމުން އަންނަކަން ފާހަގަކުރެވެއެވެ. 

ފެލިދުއަކީ ވ. އަތޮޅުގެ މެދުގައި އޮންނަ ރަށެވެ. ބިމުގެގޮތުން ބަލާއިރު މި އަތޮޅުގެ އެންމެ ބޮޑު ރަށަކީ މިރަށެވެ. އެއީ 11.8 ހެކްޓަރ އެވެ. 

ފެލިދޫ ރައްޔިތުންގެ މާލިއްޔަތަށް އާމްދަނީ ލިބޭ މައިގަނޑު ވަޞީލަތަކީ ކަރަންޓްގެ ޚިދުމަތް ދިނުމެވެ. މިރަށުގެ ރައްޔިތުންނަށް އާމްދަނީ މައިގަނޑު ވަޞީލަތްތަކަށް ބަލާއިރު ރަށުގައި ހުރި ވަޒީފާގެ ފުރުޞަތުތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި މީގެ އިތުރުން ޓްވަރިސްޓް ފިޔަފާރިއާއި މަސްވެރިކަމުގެ ޙިއްޞާވެސް އެބައޮތެވެ. އާމްދަނީ ހޯދުމަށްއަންހެނުން ކުރާ މަސައްކަތްތަކަށް ބަލާއިރު ފަންވިނުމާއި ރޯނުވެށުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެކެވެ. ފެލިދޫއަކީ ބިންގަނޑު ރަނގަޅު ފަސޭހައިން ގަސްގަހާގެހި ހެދޭ ރަށެކެވެ. ފެލިދޫގެ ގިނަގޭގޭގައި ގޯތިތެރޭގައި އެކިބާވަތްބާވަތުގެ ގަސް ހައްދައި އުޅެއެވެ. އަދި މިކަމުން އެކަށީގެންވާ އާމްދަނީ ހޯދާ މީހުންވެސް މަދެއްނޫނެވެ. ސުނާމީ ކާރިސާއަށްފަހު ރަށުގެ މަތިވަރު ރަނގަޅުވެ ރަށަށް އާރޯކަމާއި ފެހިކަން އަންނަމުންދެއެވެ.
 

ފެލިދޫގައި އެންމެ ދަތިވެފައި އޮތް ކަމަކީ ބަނދަރުގެ ކަންތަކެވެ. އެހެންނަމަވެސް 2006 ވަނަ އަހަރު ހެދުނު ބަނދަރުގެ ސަބަބުން މިހާރުއެދަތި ފިލާފައެވެ. އަދި މި ބަނދަރުގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް ހެޔޮ އަސަރުތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. 




#Article 305: ދިއްދޫ (ހއ. އަތޮޅު) (342 words)


ދިއްދޫ އަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ބޮޑުތިލަދުންމަތި ދެބައިވީއްސުރެ ހއ. އަތޮޅުގައި ވެރިކަން ކުރަމުން ގެންގޮސްފައިވަނީ ދިއްދޫގައެވެ. ނަމަވެސް 1977 ހިސާބުގައި ވަރަށްކުޑަ ދުވަސްކޮޅަކު ހއ. ހޯރަފުށީގައި އަތޮޅުވެރިކަން ކުރެވުނެވެ. އޭގެފަހުން އަތޮޅުވެރިކަންކުރާ ރަށަކީ ދިއްދޫއެވެ. ދިއްދުއަކީ ލަފާފުރަންފަސޭހަ ބޮޑުފަޅެއް އޮންނަރަށެކެވެ. ރަށުގެ ހުޅަނގުފަރާތުގައި ފަޅުއޮންނާތީ އެފަޅަކީ ހުޅަނގުމޫސުމުގައި ވަރަށްގަދަވާ ފަޅެކެވެ. ސަރުކާރުން ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ދިއްދޫގައިވަނީ 1200 ފޫޓް ދިގުމިނުގެ ފަޅެއްހަދާ ބޮޑުހިލަ ޖަހާދީފައެވެ. ދިއްދޫގެ ތާރީޚަށް ބަލާލާއިރު ދިއްދުގެ ދެކުނުކޮޅުގައި ކުރީޒަމާނުގައި ރުއްގަނޑެއް އޮތެވެ. ބުނެވޭގޮތުގައި މި ރުއްގަޑަކީ އުތީމު މުޙައްމަދު ތަކުރުފާނު ބެލެހެއްޓެވި ރުއްގަޑެކެވެ. ބުނެވޭގޮތުގައި އެރަށުގައި މިހާރު ފެންނަން ހުންނަ ޢީދުމިސްކިތް ބިނާކޮށްފައިހުރީ އުތީމު މަހާރަދުން އައްސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް، ބިނާކުރައްވާފައިވާ މިސްކިތެއްހުރި ތާނގައެވެ. މިމިސްކިތް ބިނާކޮށްފައިވަނީ 15 ޝަޢުބާން 1359ހ. 18 ސެޕްޓެމްބަރ 1940މ. ގައެވެ.

ދިއްދޫއަކީ މާޒީވެދިޔަ ތާރީޚްގެ ތެރޭގައި ވަރަށް އާދަޔާޚިލާފު ގޮތަކަށް މުޅިރަށް ފެންވެފައިވާ ރަށެކެވެ. ރަށްފެންވުން މިބަސް ދިއްދޫމީހުން ބޭނުންކޮށްއުޅުނީ އެރަށުގައި ހުރި ދެ ގެއެއްފިޔަވައި ހުރިހާ ގެދޮރަކާއި ހަރުގެފަދަ ތަންތަން އަނދާ އަޅިއަށްވެ ދިޔަ ހާދިސާއާ ގުޅިގެންނެވެ. މިކަން ހިނގާފައިވާ ގޮތެއްކަމަށް އޭރުގެ މީހުން ބުނެއުޅޭގޮތަކީ  ދިއްދުއަކީ އެޒަމާނުގައި ( ފަންރިޔާނެގި ޒަމާނުގައި ) ރިޔާވިޔާ ރަށެއްކަމަށެވެ. ރަށުގެ ހުޅަނގުފަރާތަކީ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްކަމަށްވާތީ ހުރިހާ ހަރުގެއެއް ހުންނަނީ އެފަރާތުގައެވެ. އަދި އެޒަމާނުގައި ގެދޮރު ހެދިފައިހުންނަނީ ފަނުންކަމަށްވާތީ މުޅިރަށުގައި އޮންނަނީ ފަންގިގެތަކާއި ފަންގިން ހަދާފައިވާ ފުޅަށްގަޑުތަކާއި ހަރުގަތެކެވެ.
ކޮންމެއަކަސް ރަށުގެ ހުޅަނގުފަރާތު އުތުރުކޮޅުގައި ރިޔާވިޔަން މީހުންތިބެނީ ހަރުގެތަކާ ކައިރީގައެވެ. ދިއްދުއަކީ އެޒަމާނުގައި ބޭރުދަތުރުކުރާ ބައްތެލިފަހަރު ގެންގުޅުނު ރަށެކެވެ. އެއްފަހަރަކު މިގޮތަށް ބޭރުދަތުރު ދިޔަ ބައްތެއްޔަކުން މުދާ ބޭލުމުގެ ތެރޭގައި ބައެއްސާމާނު ތެމުނެވެ. ތެމުނު އެއްޗެހީގެރޭގައި އަލިފާން ފޮށިތަކެއްވެސް ތެމުނެވެ. މި އަލިފާންފޮށިތައް ހިއްކަންވެގެން ބަހައްޓާފައިހުއްޓާ އެހިސާބުގައި ކުޅެންއުޅުނު ނުވަތަ މޫދަށްއެރި އުޅުނު ކުދިބަޔަކު ތެރޭން ކުއްޖަކު އަލިފާންފޮށިން ދަނޑިއެއްނަގައި އަލިފާން ރޯކުރުމަށްފަހު އެކުއްޖާގެ އަތަށް ހޫނުވުމާއެކު އެދަނޑި އެއްލާލެވުނީ އެއްކަލަ ރިޔާވިޔަން އެއްކޮށްފައިވާ ފަންތަކުގެ ތެރެއަށެވެ. އެސާހިތަކުން އެ ފަންތަކުގައި ރޯވެއްޖެއެވެ. ދުވަހަކީ ރަގަޅަށް ވައިޖެހޭ އަވިގަދަ ދުވަހެކެވެ. އެހެންކަމުން ހިކފައިހުރި ފަންތަކުގައި ހިފުމާއެކު ލަހެއްނުވެ ޖެހިގެންހުރި ހަރުގޭގައި އަލިފާން ހިފައިފިއެވެ. އެދުވަހަކީ ރައްޔިތުންގެ ތެރެއިން ހުރިހާމީހުންވެސް މަހަށްދިޔަ ދުވަހަކަށްވާތީ ރަށުގައި މީހުން ވަރަށް މަދުކަމަށްވެއެވެ. އެހެންކަމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެ ގިނައަދެއްގެ ބަޔަކު ނެތުމާއެކު ހަރުގެތަކުގައި ރޯވަމުން ރަށުތެރެއަށް އަލިފާން ފެތުރިގެންދިޔައީ ވަރަށް އަވަހަށެވެ. އަދި ގޭގޭގައި ހުރި ހިފާގެންގުޅޭ ސާމާނާއި މުދާތަށް އެވަގުތު ގޭގައިއުޅުނު މީހުންވެގެން އަތިރިމައްޗަށް ( ވައިމައްޗަށް ) ނެރުނުކަމަށް ބުނެއެވެ. އެދުވަހު ރަށުގެ ރައްޔިތުންގެ ތެރެއިން މަހަށްދިޔަ މީހުން ރަށަށްއައީ ރަށުން ވަރަށްގަދަޔަށް ދުންއަރާތަން ފެނުމުން ރަށުގައި ކޮންމެވެސް ކަމެއްވެއްޖެކަން އެގިގެންނެވެ. އެމީހުން ރަށަށް އައިއިރު މުޅިރަށްވަނީ އަނދާ އަޅިއަށްވެފައެވެ. ދެން ހުރިހާ އޮޑިދޯނިފަހަރުގެ މީހުންވެގެން ފެންޖަހާ އަލިފާން ނިއްވާލީއެވެ. މިއީ މިހާދިސާ ހިނގިގޮތްކަމަށް ކިޔާއުޅޭގޮތެވެ.

މިހާދިސާގައި އެރަށުގައި ނާދާހުރީ އެންމެ ދެގެއެއްކަމަށް ބުނެއުޅެއެވެ. އެއީ ދިއްދޫ އަލިހާޖީ ދެގެއެކެވެ. މި ދެގެ ހުންނަނީ ރަށުގެ ދެކުނުން އެންމެ އިރުމަތީގައި ކަމަށްވެފައި އޭރުވެސް މިދެގެ ހުރީ އީޓު ޖަހާފައިކަމަށްވާތީ މިހިސާބަށް އަލިފާނުގެ އަސަރު ކޮށްފައިވާލެއް ކުޑަކަމަށްވުމަކީ އެކަށިގެންވާ ކަމެކެވެ. މި ހާދިސާގައި ބިރުން ފިލަންވެގެން ގެއެއްގެ ބޮޑުއަށި ތަންދޮށަށް ވަން ދެކުއްޖަކު ފިހިގެން މަރުވިކަމަށް ވެއެވެ. 




#Article 306: މަނަދޫ (ނ. އަތޮޅު) (394 words)


މަނަދޫއަކީ އަތޮޅުގެ މެދުތެރޭގައި އޮންނަރަށެކެވެ. ނ. އަތޮޅުގެ ވެރިކަންކުރާ ރަށަކީވެސް މަނަދޫއެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 1575 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ? ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ.

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަކީ ތާރީޚީ ގޮތުން ބަލާއިރު އާސާރީ ތަރިކަތަކެއް ހުރި ރަށެއްކެވެ. ތާރީޚީ އާސަރުތައް ބެލެހެއްޓުމަށް ދޭންޖެހޭ ފަރުވާތެރިކަން ނުދިނުމުގެ ސަބަބުން އެތަންތަން ނެތިދަނީއެވެ. ގިނަ މީހުންނަކަށް މަނަދޫގައި ތާރީޚީ ތަރިކަތަކެއް ހުރިކަމެއްވެސް ނޭނގެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނާބެހޭ މައުލޫމާތު ފޮތުގައި މަނަދޫގެ ބައެއް ތަންތަނުގެ ވާހަކަ ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް މާބޮޑު ތަފްސީލެއް ނެތެވެ. މި މަޒުމޫނުގައި މަނަދޫގެ ތާރީޚާއި ތާރީޚީ ތަރިކަތަކާމެދު ފުން ނަޒަރެއް ދެވޭނެއެވެ.

މަނަދޫ ކަތީބު އަލްފާޟިލް ސައީދު ޤާސިމް 

ރަށުގެ ބޮޑުމިން: 92.20 ހެކްޓަރ

ދިގުމިން:1650މީޓަރ

ފުޅާމިން: 950މިޓަރ

މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ

ލޮންޖިޓިއުޑް:73?24'38E 

ލެޓިޓިއުޑް: 05?45' 46N

ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029 

ކަތީބު: ސަޢީދު ޤާސިމް މާލްރޯޑް ނ. މަނަދޫ 

 

 

 

 

 

 

 

 

 

 

މަސްވެރިކަން 

އިމާރާތް ކުރުމުގެ މަސައްކަތް

ވަޑާން ކުރުން 

ދަނޑުވެރިކަން 

ފަންގިވިނުން

ރޯނުވެށުން

 
ތަންތަން އަދަދު
 
ފިހާރަ (އަމިއްލަ) 16
 
ސައި ހޮޓާ 2
 
ވަޑާންގެ 3
 
ފާރމަސީ (އަމިއްލަ) 1
 
ފާރމަސީ(ރައްޔިތުންގެ) 1

ސްކޫލް އަދަދު
 
ނ. އަތޮޅު މަދަރުސާ 1
 
ނާސަރީ ސްކޫލް (އަމިއްލަ) 1
 
އެންމެ މައްޗަށް ކިޔަވައިދެނީ  ގްރޭޑް 10 
 

ސަރުކާރު / ރައްޔިތުން

ޖަނަރޭޓަރގެ ކެޕޭސިޓީ 

 

ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ. 

ނ. އަތޮޅު ހޮސްޕިޓަލް/ ސަރުކާރު
 
މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން
މިޑް ވައިވްސް 2  
ޑޮކްޓަރުން 3
ފާމަރސިސްޓުން 1
ނަރުހުން 6
ކޮމިއުނިޓީ ހެލްތް ވޯކާރސް 2
ފެމިލީ ހެލްތް ވޯކާރސް 2
ފާމަސިސްޓްސް  ރައްޔިތުންގެ1  
ދިވެހި ބޭސްވެރިން 4

ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު  319
 
ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 237
 
ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 1
 
މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 784
 
މިސްކިތް (އަންހެނުންގެ) 2
 
މިސްކިތް (ފިރިހެނުންގެ) 2
 

ބައިސްކަލް 88 އަމިއްލަ
 
އެމްބިއުލާންސް 1 ސަރުކާރު
 
ޕިކަޕް 2 އަމިއްލަ
 
ބައިސްކަލް 5 ސަރުކާރު
 
ސައިކަލް 7 އަމިއްލަ
 

ލޯންޗް 2 ރިސޯރޓްގައި ބޭނުންކުރާ
 
ބޮއްކުރާ 5 ރިސޯރޓްގައި ބޭނުންކުރާ
 
އިންޖީން ދޯނި 6 މަސްވެރިކަން
 
ވަދު ދޯނި 11 މަސްވެރިކަން
 
ރިޔާ ދޯނި 1  މަސްވެރިކަން
 
ޔޮޓް ދޯނި 1 ރިސޯރޓްގައި ބޭނުންކުރާ
 
ސަތަރި ދޯނި 6 މާލެއާއި އަތޮޅުތަކުގެއި ދުއްވުމަށް

 
ސުނާމީ ކާރިސާ 

ނ. މަނަދޫގައި ތާރީޚީ ތަރިކަތަކެއް




#Article 307: Manadhoo (441 words)


މަނަދޫއަކީ އަތޮޅުގެ މެދުތެރޭގައި އޮންނަރަށެކެވެ. ނ. އަތޮޅުގެ ވެރިކަންކުރާ ރަށަކީވެސް މަނަދޫއެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 2500 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ? ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ.

މަނަދޫ ކައުންސިލްގެ އިދާރާ ނ.މަނަދޫ
ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ނަސީރު ޗާންދަނީމާގެ ނ.މަނަދޫ ދިވެހި ރައްޔިތުންގެ ޕާޓީ
ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް އަލީ ޝިފާޒް ފެހިވިލާގެ ނ.މަނަދޫ ދިވެހި ރައްޔިތުންގެ ޕާޓީ
ކައުންސިލް މެމްބަރު އަލްފާޟިލް އަޙުމަދު އިސްމާއީލް މަލަ ނ.މަނަދޫ ދިވެހި ރައްޔިތުންގެ ޕާޓީ
ކައުންސިލް މެމްބަރު އަލްފާޟިލް އަބްދުލްޙަމީދު ހުސައިން ދޮންއަންނާރުގެ ނ.މަނަދޫ ދިވެހި ރައްޔިތުންގެ ޕާޓީ
ކައުންސިލް މެމްބަރު އަލްފާޟިލް އަބްދުލްލަތީފް އަޙުމަދު މަންޒަރުގެ ނ.މަނަދޫ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ
މަނަދޫ ކަތީބު އަލްފާޟިލް ސައީދު ޤާސިމް 2010

ރަށުގެ ބޮޑުމިން: 92.20 ހެކްޓަރ

ދިގުމިން:1650މީޓަރ

ފުޅާމިން: 950މިޓަރ

މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ

ލޮންޖިޓިއުޑް:73?24'38E

ލެޓިޓިއުޑް: 05?45' 46N

ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029

ކަތީބު: ސަޢީދު ޤާސިމް މާލްރޯޑް ނ. މަނަދޫ

 

 

 

 

 

 

 

 

 

މަސްވެރިކަން

އިމާރާތް ކުރުމުގެ މަސައްކަތް

ވަޑާން ކުރުން

ދަނޑުވެރިކަން

ފަންގިވިނުން

ރޯނުވެށުން

 
ތަންތަން އަދަދު
 
ފިހާރަ (އަމިއްލަ) 16
 
ސައި ހޮޓާ 2
 
ވަޑާންގެ 3
 
ފާރމަސީ (އަމިއްލަ) 1
 
ފާރމަސީ(ރައްޔިތުންގެ) 1

ސްކޫލް އަދަދު
 
ނ. އަތޮޅު މަދަރުސާ 1
 
ނާސަރީ ސްކޫލް (އަމިއްލަ) 1
 
އެންމެ މައްޗަށް ކިޔަވައިދެނީ ގްރޭޑް 10
 

ސަރުކާރު / ރައްޔިތުން 2009 ގެ ކުރިން 2009 އަކުން ފެށިގެން ކަރަންޓްގެ ހިދުމަތް ދެމުންދަނީ ނޮދަން ޔޫޓިލިޓީސް ޕަބްލިކް ލިމިޓަޑް ކޮމްޕަނީން

ޖަނަރޭޓަރގެ ކެޕޭސިޓީ

ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ.

ނ. އަތޮޅު ހޮސްޕިޓަލް/ ސަރުކާރު
 
މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން
މިޑް ވައިވްސް 2
ޑޮކްޓަރުން 3
ފާމަރސިސްޓުން 1
ނަރުހުން 6
ކޮމިއުނިޓީ ހެލްތް ވޯކާރސް 2
ފެމިލީ ހެލްތް ވޯކާރސް 2
ފާމަސިސްޓްސް ރައްޔިތުންގެ1
ދިވެހި ބޭސްވެރިން 4

ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު 319
 
ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 237
 
ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 1
 
މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 784
 
މިސްކިތް (އަންހެނުންގެ) 2
 
މިސްކިތް (ފިރިހެނުންގެ) 2
 

ބައިސްކަލް 88 އަމިއްލަ
 
އެމްބިއުލާންސް 1 ސަރުކާރު
 
ޕިކަޕް 2 އަމިއްލަ 2011 ޖުލައިގެ ނިއަލަށް، ޖުލައިގެ ފަހުން އިތުރު 2 ޕިކަޕް ގެނެސްފައިވޭ
 
ބައިސްކަލް 5 ސަރުކާރު
 
ސައިކަލް 7 އަމިއްލަ 2006 އަދި 2007 އަހަރު ، 2011 އޮގަސްޓް މަހު 40 ހަށްވުރެ ގިނަ ސައިކަލް އެބަހުރި

ލޯންޗް 2 ރިސޯރޓްގައި ބޭނުންކުރާ
 
ބޮއްކުރާ 5 ރިސޯރޓްގައި ބޭނުންކުރާ
 
އިންޖީން ދޯނި 6 މަސްވެރިކަން
 
ވަދު ދޯނި 11 މަސްވެރިކަން
 
ރިޔާ ދޯނި 1 މަސްވެރިކަން
 
ޔޮޓް ދޯނި 1 ރިސޯރޓްގައި ބޭނުންކުރާ
 
ސަތަރި ދޯނި 6 މާލެއާއި އަތޮޅުތަކުގެއި ދުއްވުމަށް

 
ސުނާމީ ކާރިސާ

 

މަނަދޫއަށް 2004 ޑިސެމްބަރ 26 ގައި ސުނާމީ އެރި މަންޒަރު ދައްކައިދޭ ވީޑީއޯ

 

   

އަބްދުއްﷲ
 ސަޢީދުގެ ހޯމްޕޭޖް]




#Article 308: މަނަދޫ ޢަބްދުﷲ ސަޢީދު (160 words)


ޢަބްދުﷲ ސަޢީދު ނުވަތަ މަނަދޫ ޢަބްދުﷲ ސަޢީދަކީ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އޭނާ ލިޔުންތައް ރާއްޖޭގައި ނެރެވޭ ބައެއް މަޖައްލާތަކުގައިވަނީ ޝާއިޢު ކުރައްވާފައެވެ. އުދަރެސް މަޖައްލާ އާއި މަނަސް މަޖައްލާއަށް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ފިޝަރީޒު މިނިސްޓްރީން ނެރުއްވާ  ރަސްއައިން މަޖައްލާއަށާއި އެމްއެންޑީއެފް އިން އަހަރަކު ދެފަހަރު ނެރުއްވާ  އައްޑަނަ މަޖައްލާއަށްވެސް ލިޔުއްވާފައިވެއެވެ. 

 
މަނަދޫ ޢަބްދުﷲ ސަޢީދަކީ މަނަދޫ އަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ހުވަދޫ ކެޔޮޅުގެ، ހާރޫނު ހާޖީ ( ހާޖީބެ ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) ގެ ސަޢީދު ޤާސިމް ( ދޮންތުއްތު ) ގެ ޢަބްދުﷲ ސަޢީދެވެ. މީނާގެ މަންމައަކީ މަނަދޫ ކެޔޮޅު އިބްރާހިމް ( އިބްރާހިމް ޙަސަން ) ގެ ޛުލައިޚާ އިބްރާހިމް ( ކަނބުލޮ ) އެވެ. ޢަބްދުﷲ ސަޢީދަކީ ސަޢީދު ޤާސިމް އާއި ޛުލައިޚާ އިބްރާހިމަށް ލިބިވަޑައިގެން ތިންވަނަ ދަރިކަލުންނެވެ. ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ މަނަދޫ ކުދިލުބޯމާގެ ( ބޮޑުކާށިގެ ) ގައެވެ. އެގެ ހުރީ މަނަދޫ އިރުމަތީ އަވަށުގައި އިރުއުތުރު އެންމެ ކޮޅުގައެވެ. މިހާރު އެގެ ހުރިތަނަކީ ހުސްބިމެކެވެ. އެގެއާ ޖެހިގެން ހުންނަނީ މަނަދޫ ރައިމާގެއެވެ. ޢަބްދުﷲ ސައީދު އުފަންވީ މީލާދީ ސަނަތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުންނަކީ މަނަދޫ ކަރަންކާވިލާ ފާތިމަތު އަންވަރީއެވެ. މި ދެމަފިރިންނަށް ދެދަރިކަލުން ލިބިވައިގެންފައިވެއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދުއެވެ. ޢަބްދުﷲ ސަޢީދުގެ ހޯމްޕޭޖް އެޑްރެހަކީ އެވެ.




#Article 309: Abdulla saeed (160 words)


ޢަބްދުﷲ ސަޢީދު ނުވަތަ މަނަދޫ ޢަބްދުﷲ ސަޢީދަކީ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އޭނާ ލިޔުންތައް ރާއްޖޭގައި ނެރެވޭ ބައެއް މަޖައްލާތަކުގައިވަނީ ޝާއިޢު ކުރައްވާފައެވެ. އުދަރެސް މަޖައްލާ އާއި މަނަސް މަޖައްލާއަށް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ފިޝަރީޒު މިނިސްޓްރީން ނެރުއްވާ  ރަސްއައިން މަޖައްލާއަށާއި އެމްއެންޑީއެފް އިން އަހަރަކު ދެފަހަރު ނެރުއްވާ  އައްޑަނަ މަޖައްލާއަށްވެސް ލިޔުއްވާފައިވެއެވެ.

 
މަނަދޫ ޢަބްދުﷲ ސަޢީދަކީ މަނަދޫ އަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ހުވަދޫ ކެޔޮޅުގެ، ހާރޫނު ހާޖީ ( ހާޖީބެ ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) ގެ ސަޢީދު ޤާސިމް ( ދޮންތުއްތު ) ގެ ޢަބްދުﷲ ސަޢީދެވެ. މީނާގެ މަންމައަކީ މަނަދޫ ކެޔޮޅު އިބްރާހިމް ( އިބްރާހިމް ޙަސަން ) ގެ ޛުލައިޚާ އިބްރާހިމް ( ކަނބުލޮ ) އެވެ. ޢަބްދުﷲ ސަޢީދަކީ ސަޢީދު ޤާސިމް އާއި ޛުލައިޚާ އިބްރާހިމަށް ލިބިވަޑައިގެން ތިންވަނަ ދަރިކަލުންނެވެ. ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ މަނަދޫ ކުދިލުބޯމާގެ ( ބޮޑުކާށިގެ ) ގައެވެ. އެގެ ހުރީ މަނަދޫ އިރުމަތީ އަވަށުގައި އިރުއުތުރު އެންމެ ކޮޅުގައެވެ. މިހާރު އެގެ ހުރިތަނަކީ ހުސްބިމެކެވެ. އެގެއާ ޖެހިގެން ހުންނަނީ މަނަދޫ ރައިމާގެއެވެ. ޢަބްދުﷲ ސައީދު އުފަންވީ މީލާދީ ސަނަތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުންނަކީ މަނަދޫ ކަރަންކާވިލާ ފާތިމަތު އަންވަރީއެވެ. މި ދެމަފިރިންނަށް ދެދަރިކަލުން ލިބިވައިގެންފައިވެއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދުއެވެ. ޢަބްދުﷲ ސަޢީދުގެ ހޯމްޕޭޖް އެޑްރެހަކީ އެވެ.




#Article 310: ޕްރިޒަން ބްރޭކް (101 words)


ޕްރިޒަން ބްރޭކް އަކީ ގޯލްޑަން ގްލޯބް އަދި އެމީ އެވޯޑްސް އަށް ހޮވިފައިވާ ޑްރާމާ ސިލްސިލާ އެކެވެ. 29 އޮގަސްޓް 2005 ގައި އެންމެ ފުރަތަމަ މި ސިލްސިލާ ދައްކާފައިވަނީ ފޮކްސް ބްރޯޑްކާސްޓިންގ ކޮމްޕެނީ އިންނެވެ. ޕްރިޒަން ބްރޭކް ބިނާވެފައި ވަނީ ކަމެއްގެ ތުހުމަތުގައި ޖަލަށްލާފައިވާ ލިންކިން ބަރޯލްސް ޖަލުން ސަލާމަތް ކުރުމަށް އޭނާގެ ކޮއްކޮ މައިކަލް ސްކޯފިލްޑް ކުރާ މަސައްކަތެވެ.
މިހާތަނަށް ޕްރިޒަން ބްރޭކް 3 މޫސުން ވަނީ ދައްކައި ނިމިފައެވެ. މިހާރު ސީޒަން 4 ގެ މަސައްކަތް ވަނީ އަމަލީ ގޮތުން ފެށިފައެވެ.

ޕްރިޒަން ބްރޭކް ޕްރޮޑިއުސްކުރަނީ ޓްވެންޓީތް ސެންޗަރީ ފޮކްސް އާއި، އެޑަލް ސްޓެއިން ޕަރައުސް ޕްރޮޑަކްޝަން ގުޅިގެންނެވެ. އަދި މިޝޯ އުފެއްދީ ކުރަނީ ޕައުލް ސްކައުރިންގ އެވެ. ޕްރިޒަން ބްރޭކްގެ ތީމް މިއުޒިކް އުފައްދާފައިވަނީ ރަމީން ޑިޖަވާޑީ އެވެ. 2006 ވަނަ އަހަރުގެ ޕްރައިމް އެމީ އެވޯޑް އަށް މިއުޒިކްގެ ބައިން ޕްރިޒަން ބްރޭކް ހޮވިފައި ވެއެވެ.




#Article 311: މަގޫދޫ (ފ. އަތޮޅު) (433 words)


މަގޫދޫއަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދޫގެ އިރުން އޮންނަ، މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެވަނަ ރަށެވެ. 18 ޖެނުއަރީ 1999 ގައިއަތޮޅުވެރިކަން ސަރުކާރުން ނިލަންދުއަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އަތޮޅުވެރިކަން ކޮށްފައިވެފައެވެ. 

މަގޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމެވެ.  މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި، ފަންގިވިނުމާއި، ވަޑާންކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި އަދި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ. 

މަގޫދޫގައި އެރަށުގެ ރައްޔިތުންގެ ނަމުގައި ރަނގަޅު ފެންވަރަކަށް ވިޔަފާރި ކުރަމުން ދެއެވެ. މި ވިޔަފާރިއަކީ މިރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ގޮތުންނާއި، ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުންދާ ވިޔަފާރިއެކެވެ. މަގޫދޫ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިން ކާބޯތަކެއްޗާއި، ގޭސް އަދި ޢާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ލިބެން ހުރެއެވެ. މީގެ އިތުރުން ޑީސަލާއި، ޕެޓްރޯލާއި، ޑޮކްޓަރީ ބޭހަކީވެސް މިރަށުގެ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިއެކެވެ. 

މިހާރު މަގޫދޫ އޮފީސް ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. މަގޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީހުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އޭރުގެ ކުރިން މަގޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ޢިމާރާތެއްގައެވެ. 

މަގޫދޫގައި 10 އޮކްޓޯބަރ 1971 ން ފެށިގެން މަގޫދޫ ސްކޫލުގެ ނަމުގައި ސްކޫލެއް ހިންގަން ފެށިފައި ވެއެވެ. މިސްކޫލު ބަދަލުވެފައިވަނީ ފަހުން މިއަތޮޅުގެ އަތޮޅުމަދަރުސާ އަށެވެ. އަތޮޅުމަދަރުސާ މަގޫދޫގައި ހުރި އިރު އަތޮޅުގެ އެކި ރަށްރަށުގެ ކުދިން އެމަދަރުސާގައި ތަޢުލީމު ޙާޞިލް ކުރަމުން ގޮސްފައި ވެއެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. 

މަގޫދުއަކީ މިއަތޮޅުގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ފުރަތަމަ ރަށެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް  ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ  ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ. މަގޫދޫ ޞިއްޙީ މަރުކަޒަކީ މިހާރު އަތޮޅު ހޮސްޕިޓަލް ފިޔަވައި ޞިއްޙީ ޚިދުމަތް އަތޮޅުގައި އެންމެ ރަނގަޅަށް ލިބެން ހުރި މަރުކަޒެވެ. 

އެންމެ ކުރީގައި ޞިއްޙީ ޚިދުމަތް ދެމުން ދިޔައީ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. މިހާރު ޞިއްޙީ މަރުކަޒު ހިންގަމުންދަނީ ރަނގަޅު ފެންވަރަކަށް ސަރުކާރުން އިމާރާތް ކޮށްދެއްވާފައިވާ އިމާރާތާއްގައެވެ. މިހާރު މަގޫދޫ ޞިއްޙީމަރުކަޒުގައި އީ.ސީ.ޖީ. ގެ ޚިދުމަތާއި ލެބޯރޓްރީގެ ޚިދުމަތް ލިބެން ހުރެއެވެ. ލެބޯރޓްރީގެ ޚިދުމަތްވެސް އަތޮޅުގައި އެންމެފުރަތަމަ ލިބެންފެށީ މިރަށު ޞިއްޙީމަރުކަޒުގައެވެ. އަދި މިމަރުކަޒުގައި 2004 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތް ލިބެން ހުރެއެވެ. މަގޫދުއަކީ އަތޮޅުގައި ދެވަނައަށް ތެލަސީމިއާ ކުދިން ގިނަ ރަށެވެ. މަގޫދޫގައި އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ބޭސްހޯދައި ދިނުމުގެ ގޮތުން މިރަށުގެ ރައްޔިތުން ހިންގާ ބޭސްފިހާރައެއް ހުރެއެވެ. ޑޮކްޓަރީ ބޭހުގެ ޚިދުމަތް އަތޮޅުގައި ލިބެންފެށި ފުރަތަމަ ރަށަކީވެސް މަގޫދޫއެވެ. 

މިރަށުގައި އެންމެފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ 1985 ވަނަ އަހަރު ރައްޔިތުންގެ ގޮތުންނެވެ. އެއީ 5 ކިލޯގެ ޖަނަރޭޓަރަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ދެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ރައްޔިތުންނަށް ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް 30 އޯގަސްޓް 1992 ގައި 24 ގަޑި އިރަށް ކަރަންޓުގެ ޚިދުމަތްދޭން ފެށިފައި ވެއެވެ. މިރަށަކީ ރައްޔިތުންގެ ގޮތުން މިއަތޮޅުގައި އެންމެ ފުރަތަމަ  24 ގަޑިއިރަށް ކަރަންޓެދޭންފެށި ފުރަތަމަ ރަށެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަތި އެހީތަކެއް ވެދެއްވާފައި ވުމުގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް އެހީވެ ދެއްވާފައި ވެއެވެ.




#Article 312: ނިއުޒިލޭންޑު (382 words)


ނިއުޒިލޭންޑަކީ ޕެސިފިިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

ނިއުޒިލޭންޑުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި މާއޮރީ ބަހާއި ނިއުޒިލޭންޑް ސައިން ލޭންގުއޭޖެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނިއުޒިލޭންޑަރސްއެވެ. ނުރަސްމީ ނަމެއްގެ ގޮތުގައި ކިވީސް ވެސް ކިޔައެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޯކްލޭންޑެވެ. މި ޤައުމުގެ ވެރިރަށަކީ ވެލިންޓަންއެވެ.
ނިއުޒިލޭންޑަކީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 123 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 268021 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ nz. އެވެ. ކޯލިން ކޯޑަކީ +64 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނިއުޒިލޭންޑް ޑޮލަރެވެ.

ޔޫރަޕުގެ މީހުން ނިއުޒިލޭންޑަށް އައުމުގެ ކުރީގައި މާއޮރީ ބަހުން މުޅި މި ޤައުމަށް އެއްކޮށް ކިޔާ ނަމެއް އޮންނަ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ރަށްތަކަށް ވަކީން އެމީހުން ކިޔާ ނަންތަކެއް އޮތެވެ. މި ގޮތުން ނޯތު އައިލެންޑަށް، އެ ބަހުން ކިޔާ ނަމަކީ “ތެ އިކަ އަ މާއުއި” އެވެ. މީގެ މާނައަކީ (މާއުއީގެ މަހެވެ). އަދި ސައުތު އައިލެންޑަށް ކިޔާ ނަމަކީ “ތެ ވައި ޕައުނަމު” އެވެ. މީގެ ނަމަކީ ގްރީންސްޓޯންގެ ފެނެވެ. މީގެ އިތުރުން ވެސް ސައުތު އައިލެންޑަށް “ތެ ވަކަ އޮ އައޮރަކީ” އެވެ. 

ކުރީން ޔޫރަޕު މީހުން މި ޤައުމަށް ކީ ނަމަކީ ނޮވާ ޒީލޭންޑިޔާއެވެ. ފަހުން މި ނަން އިނގިރޭސި ކުރުމަށް ފަހު ނިއުޒިލެންޑް މި ނަމަށް ބަދަލުކުރެވުނީއެވެ.

ނިއުޒިލޭންޑަކީ ޕެސިފިކްގެ ހުޅަނގު ދެކުނުގައި އޮތް ޖަޒީރާ ޤައުމެކެވެ. 
މި ޤައުމު އެކުލެވިގެންވަނީ ބޮޑު ދެ ބިމަކާއި ބައިވަރު ކުދި ރަށްތަކެއްގެ މައްޗަށެވެ. 
ބޮޑު ދެ ބިމަކީ ނޯތު އައިލެންޑާއި ސައުތު އައިލެންޑެވެ. ކުޑަރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ ސްޓެވަރޓް އައިލެންޑް/ރަކިއުރާ އާއި ޗަތަމް އައިލެންޑްސްއެވެ.
ރިއަލްމް އޮފް ނިއުޒިލޭންޑްގެ ތެރޭގައި ކުކް އައިލެންޑްސް އާއި ނީއު ވެސް ހިމެނެއެވެ. މިއީ ޒާތީ ވެރިކަމެއް ކުރާ ތަންތަނެވެ. 
މީގެ އިތުރުން ތޮކެލާއު އާއި ރޮސް ޑިޕެންޑެންސީ ވެސް ހިމެނެއެވެ. ރޮސް ޑިޕެންޑެންސީއަކީ އެންޓާޓިކާ ބައްރުގައި ނިއުޒިލޭންޑުން އެ ޤައުމުގެ ބައެއް ކަމުގައި ކްލެއިމްކުރާ ސަރަޙައްދެވެ.

ނިއުޒިލޭންޑަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ރަށްތަކުގެ ތެރޭގައި ހިމެނޭ ޖަޒީރާއެކެވެ. 
މިތަނުގައި މީހުން ވަޒަންވެރިވެފައިވާ ކަމަށް ބެލެވިފައިވަނީ މީލާދީން 13 ވަނަ ޤަރުނުގައެވެ.
ނިއުުޒިލެންޑަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނީ 25 މެއި 1854 ގައެވެ.

ނިއުޒިލޭންޑުގެ އާބާދީގެ 78% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ޔޫރަޕު ދަރިކޮޅުގެ ނިއުޒިލެންޑް މީހުންނަށް ކިޔާ ނަމަކީ “ޕާކޭހާ” އެވެ. މިއީ މާއޮރީ ބަހުން، މާއޮރީ މީހުން ނޫން މީހުންނަށް ކިޔާ އާއްމު ނަމެކެވެ.
ޔޫރަޕު ދަރިކޮޅަށް ބަލާއިރުގައި ނިއުޒިލޭންޑުގައި ގިނަވާނީ ބްރިޓިޝް އަދި އައިރިޝް ދަރިކޮޅުގެ މީހުންނެވެ.

ރަސްމީ ދަރަޖަ ލިބިފައިނުވާ ބަސްތަކުގެ ތެރެއިން އެންމެ އާއްމު ބަހަކީ ސަމޯއަން ބަހެވެ. މީގެ އިތުރުން ފަރަންސޭސި ބަހާއި ހިންދީ ބަހާއި ޔޫ ބަހާއި އުތުރު ޗައިނާ ބަސްވެސް ފާހަގަކޮށްލެވެއެވެ. 
ނިއުޒިލޭންޑުގައި ދިވެހި އާއިލާތައް ވެސް ދިރިއުޅެމުން ގެންދެއެވެ.

މިއަދުގެ ނިއުޒިލެންޑްގެ ސަގާފަތަށް ބަލާއިރުގައި، އެންމެ ބޮޑު ނުފޫޒެއް އައިސްފައިވަނީ އިނގިރޭސި ސަގާފަތުންނެވެ. މީގެ އިތުރުން އެމެރިކަން އަދި އެ ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ މާއޮރީ ދަރިކޮޅުގެ މީހުންގެ ސަގާފަތުގެ އަސަރު ވެސް މިއަދުގެ ނިއުޒިލޭންޑުގެ ސަގާފަތުގެ ތެރެއިން ފެނެއެވެ.

ނިއުޒިލެންޑުގެ އިޤްތިޞާދަކީ މި ޒަމާނާ އެކަށޭނަ ގޮތުން ތަރައްޤީކުރެވިފައިވާ އިޤްތިޞާދެކެވެ. ނިއުޒިލޭންޑުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ގިނަ ސަރވޭތަކުގައި އެ ޤައުމުގެ ރައްޔިތުން ބުނަނީ އެމީހުންގެ ދިރިއުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 27083 ޑޮލަރެވެ.




#Article 313: ހަންގޭރީ (286 words)


ރިޕަބްލިކް އޮފް ހަންގޭރީއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.

ހަންގޭރީގެ ރަސްމީ ބަހަކީ ހަންގޭރީބަހެވެ. މީގެ އިތުރުން ހަންގޭރީގެ މައްމަން ބަސް ނުވަތަ ހަންގޭރިޔަން ސައިން ލެންގުއޭޖަކީ ވެސް ރަސްމީ ބަހެއް ކަމުގައި ބަލައެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހަންގޭރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުޑަޕެސްޓްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 83 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 93030 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hu. އެވެ. ކޯލިން ކޯޑަކީ +36 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ފޮރިންތެވެ.

ހަންގޭރީގެ ނަން އައިސްފައިވާ ކަމަށް ބެލެވެނީ “އޮނޮގުރް” މި ބަހުންނެވެ. މި ބަހުގެ މާނައަކީ “ދިހަ ޤަބީލާ” އެވެ.

ހަންގޭރީއާ ބޯޑަރުގެ ގޮތުން ގުޅިފައިވާ ޤައުމުތަކަކީ: އޮސްޓްރިޔާ، ސްލޮވާކިޔާ، ޔުކްރެއިން، ރުމޭނިޔާ، ސާބިޔާ، ކްރޮއޭޝިޔާ، އަދި ސްލޮވީނިޔާއެވެ. 

ޢީސާއީ މީލާދުގެ 9 އަހަރު ކުރީއްސުރެ ފެށިގެން މީލާދުގެ 4 ވަނަ ޤަރުނާ ހަމަޔަށް މި ސަރަޙައްދު އޮތީ ރޯމަން އެމްޕަޔަރގެ ބާރު ހިނގާ ތަނެއްގެ ގޮތުގައެވެ. 
ފަރަންސޭސި ވިލާތާއި ޖަރުމަނަކީ ވަކި ޤައުމުތަކެއް ކަމަށް ވުމުގެ ކުރީގައި، މީލާދީން 896 ގައި ހަންގޭރީ ވަނީ ވަކި ތަނެއްގެ ގޮތުގައި ޤާއިމުވެފައެވެ. 
މީލާދީން 1241 ހާ ތާނގައި މޯންގޯލިޔަން ތަތާރުން ވަނީ ހަންގޭރީއަށް ޙަމަލާދީފައެވެ. 
މީލާދީން 16 ވަނަ ޤަރުނުގައި ހަންގޭރީގެ ބޮޑުބައި ނުވަތަ މުޅި ހަންގޭރީ އޮތީ ތުރުކީގެ އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައެވެ.
ހަންގޭރީގެ ތިންވަނަ ޖުމްހޫރިއްޔާ އުފަންވި ތާރީޚަކީ 23 އޮކްޓޯބަރ 1989 އެވެ. ހަންގޭރީއިން ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 މެއި 2004 ގައެވެ.

ހަންގޭރީގެ އާބާދީގެ 94.4% އަކީ ހަންގޭރީ ނަސްލުގެ މީހުންނެވެ. 2.02% އަކީ ރޯމާއިން (ނުވަތަ ޖިޕްސީން) ނެވެ. 1.18% އަކީ ޖަރުމަނު ނަސްލުގެ މީހުންނެވެ. 0.38% މީހުންނަކީ ސްލޮވެކް ނަސްލުގެ މީހުންނެވެ. އެހެނިހެން ނަސްލުތަކަށް ނިސްބަތްވާ މީހުންގެ ނިސްބަތަކީ 2.02% އެވެ.

ހަންގޭރީއަކީ ޔޫރަޕުގެ ޔަހޫދީންގެ ހިތެވެ. ޒަޔަނިޒަމްގެ ބާނީ ކަމުގައިވާ ތިޔޮޑޯރ ހާޓްޒުލްގެ އުފަން ޤައުމެވެ. މިއަދު ވެސް ޔޫރަޕުގައި ހުރި އެންމެ ބޮޑު ސިނަގޮގް ހުރީ ހަންގޭރީގައެވެ. ހަންގޭރީގެ ރައްޔިތުންގެ ގޮތުގައި ތިބި ޔަހޫދީންގެ ޖުމްލައަކީ 12871 އެވެ.
އެހެން ކަމުން ހަންގޭރީގެ ސަގާފަތުގެ ތެރޭގައި ޔަހޫދިއްޔަ އަސަރު ހުރުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ހަންގޭރީގައި ކުރީން އޮތީ ކޮމިއުނިސްޓް ވެރިކަމެއް ކަމުން އެ ޤައުމުގެ އިޤްތިޞާދު ވެސް ބައްޓަންވެފައި އޮތީ އެ ގޮތުގެ މަތީންނެވެ. 
މިއަދު ހަންގޭރީ ވެފައިވަނީ އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމަކަށެވެ. 
އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 19553 ޑޮލަރެވެ.




#Article 314: ހޮންކޮންގު (346 words)


ހޮންކޮންގަކީ މިހާރަށް ބަލާއިރު ސީނުކަރަ ނުވަތަ ޗައިނާގެ ޚާއްޞަ އިދާރީ ސަރަޙައްދެކެވެ. އެހެން ނަމަވެސް މިއީ ކުރީން އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޤައުމެއްގެ ގޮތުގައި ބެލެވެމުން އައި ތަނެކެވެ.

ހޮންކޮންގުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ޗައިނާ ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހޮންކޮންގަރސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހޮންކޮންގު ޝަހަރެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ މުސްތަޤިއްލު ނޫން ބައި ޑިމޮކްރަސީއެކެވެ. ވެރިކަން ހިންގާ ފަރާތަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއް ނޫނެވެ. 
ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 98 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1104 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hk. އެވެ. ކޯލިން ކޯޑަކީ +852 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ހޮންކޮންގު ޑޮލަރެވެ.

ހޮންކޮން އަކީ ކެންޓަނީސް ބަހުން ކިޔާ ނަމެކެވެ. މި ނަމުގެ އިނގިރޭސި މާނައަކީ ތާޒާ ހާބަރެވެ. 

ހޮންކޮންގު އޮންނަނީ ސީނުކަރަ ނުވަތަ ޗައިނާގެ ދެކުނު އައްސޭރީގައެވެ. އެއީ މަކާއުގެ އިރުމަތިން އެ ތަނާ 60 ކިލޯމީޓަރު ދުރުގައެވެ. ހޮންކޮންގުގެ ސަރަޙައްދު ކަމުގައި ބެލެވިފައިވަނީ ހޮންކޮންގު ޖަޒީރާ އާއި ކޮވްލޫން ޕެނިންސޫލާ އާއި ނިއު ޓެރިޓަރީޒްގެ އިތުރުން ކައިރީގައި އޮންނަ 200 ޖަޒީރާއެވެ. 

ހޮންކޮންގުގެ ތާރީޚު ފެށިފައިވަނީ ޗައިނާގެ ދެކުނު އައްސޭރީގައި އޮތް ރަށެއްގެ ގޮތުގައެވެ. ހޮންކޮންގޭ ކިޔާ ރަށުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް އާސާރީ ހެކިތަކުން ފެންނަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީންނެވެ.
ހޮންކޮންގުގެ ވަޒަންވެރީން އެންމެ ފުރަތަމަ ކޮށްފައިވާ ކަމެއް ކަމުގައި ފެންނަނީ މަސްވެރިކަމެވެ. އޭގެ ފަހުން ލޮނު އުފައްދަން ފަށާފައިވެއެވެ. ދެން އެއަށް ފަހު ވިޔަފާރީގެ މަރުކަޒަކަށް މި ރަށް ވަނީ ވެފައެވެ.
މިއަދު މުޅި ދުނިޔޭގައި ވެސް ޖީ.ޑި.ޕީ ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީ ޤައުމުތަކުގެ ލިސްޓްގެ 6 ވަނައިގައި އޮތް ހޮންކޮންގު އެ ހިސާބަށް ގެންގޮސްފައިވަނީ އިނގިރޭސީންނެވެ.
މީގެ އެތައް ސަތޭކަ ނުވަތަ އެތައް ހާސް އަހަރެއް ކުރީން ހޮންކޮންގުގައި މީހުން ދިރިއުޅެން ފަށާފައިވީ ކަމަށް ވިޔަސް، ލިޔެކިޔުމުގައި ހޮންކޮންގު މިނަން، މި ރަށުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރެވެން ފަށާފައިވަނީ މީލާދީން 1842 ވަނަ އަހަރުގައެވެ.
ޔޫރަޕުގެ މީހަކަށް އެންމެ ފުރަތަމައަށް މި ރަށަށް އައި މީހަކީ ޕޯޗުގަލްގެ މީހެއް ކަމުގައިވާ ޖޯޖް އަލްވާރޭޒް އެވެ. އެއީ މީލާދީން 1513 ވަނަ އަހަރުގައެވެ.
ސީނު ކަރައިގެ ކިންގް ދަރިކޮޅުން އަފިހުން އިމްޕޯޓްކުރުމާ ދެކޮޅު ހެދުމުގެ ސަބަބުން މީލާދީން 1839 ވަނަ އަހަރު ޗައިިނާ އާއި އިނގިރޭސީންނާ ދެމެދު “ފުރަތަމަ އަފިިހުން ހަނގުރާމަ” ހިނގިއެވެ. 

މީލާދީން 1898 ގައި “ކޮންވެންޝަން ފޯރ ދަ އެކްސްޓެންޝަން އޮފް ހޮންކޮންގް ޓެރިޓަރީ” ގެ ދަށުން ލަންޓައު އައިލޭންޑާއި އެއާ ޖެހިގެން އުތުރަށް ހުރި ރަށްތައް (ނިއު ޓެރިޓަރީޒް) 99 އަހަރަށް އިނގިރޭސީންނަށް ލިބުނެވެ. މިއަދާ ހަމަޔަށް ވެސް ހޮންކޮންގުގެ ޓެރިޓަރީގެ ގޮތުގައި އޮތީ މި ތަންތަނެވެ. އެއްވެސް ބަދަލެއް ނެތިއެވެ. އިނގިރޭސީންނާއި ޗައިނާ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހޮންކޮންގު ޗައިިނާއާ ޙަވާލުކުރީ 1 ޖުލައި 1997 ގައެވެ.

އާބާދީގެ 95% އަކީ ޗައިނާ ދަރިކޮޅު މީހުންނެވެ. އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުން ވިޔަފާރި އާއި ވަޒީފާ ތަކުގައި ޙަރަކާތްތެރިވެއެވެ.
ސަގާފަތު
ހޮންކޮންގުގެ ސަގާފަތަކީ ހުޅަނގުގެ ސަގާފަތާއި މަސްހުނި ވެފައިވާ ޗައިނާގެ ސަގާފަތެކެވެ.




#Article 315: އޮސްޓްރިއާ (312 words)


އޮސްޓްރިޔާއަކީ މެދުތެރޭ ޔޫރަޕު ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. 

އޮސްޓްރިޔާގެ ރަސްމީ ބަހަކީ ޖަރުމަނު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އޮސްޓްރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވިއެނާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
އޮސްޓްރިޔާއަކީ ފެޑެރަލް ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 92 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 83879 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ at. އެވެ. ކޯލިން ކޯޑަކީ +43 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

އޮސްޓްރިޔާގެ މާނައަކީ އިރުމަތީ ވެރިކަމެވެ. 

އޮސްޓްރިޔާއަކީ ބިންބަންދު ޤައުމެކެވެ. އޮސްޓްރިޔާގެ އުތުރުގައި އޮތީ ޖަރުމަނާއި ޗެކް ރިޕަބްލިކެވެ. އިރުމަތީގައި އޮތީ ސްލޮވާކިޔާ އާއި ހަންގޭރީއެވެ. ދެކުނުގައި އޮތީ ސްލޮވީނިޔާ އާއި އިޓަލީއެވެ. ހުޅަނގުގައި އޮތީ ސުވިޒަލޭންޑާއި ލީކްތަންސްޓައިނެވެ.

އޮސްޓްރިޔާގައި
ރޯމަނުންގެ ވެރިކަމުގެ ބާރު ކެނޑުމަށް ފަހުގައި ބަވާރީންނާއި ސްލާވުންނާއި އަވާރުން މި ސަރަޙައްދުގެ މައްޗަށް އެމީހުންގެ ބާރު ފޯރުވުމަށް މަސައްކަތްކޮށްފައިވެއެވެ.
ނަޞާރާ ދީން އޮސްޓްރިޔާއަށް ތަޢާރަފު ކުރެވިފައިވަނީ މީލާދީން 8 ވަނަ ޤަރުނުގެ ތެރޭގައެވެ.
އޮސްޓްރިޔާގެ ނަން އެންމެ ފުރަތަމައަށް ލިޔުމެއްގައި ޑޮކިއުމެންޓްކުރެވިފައިވަނީ މީލާދީން 996 ގައެވެ. 
އޮސްޓްރިޔާގެ ތާރީޚަށް ބަލާއިރު މީލާދީން 1156 އިން ފެށިގެން އޮސްޓްރިޔާ އޮތީ ޑަޗީއެއްގެ ގޮތުގައެވެ. މީލާދީން 1804 ވަނަ އަހަރާ ހަމައިގައި އޮސްޓްރިޔަން އެމްޕަޔަރގެ ގޮތުގައި ފާޅުވިއެވެ.
އޮސްޓްރިޔާގެ ފުރަތަމަ ޖުމްހޫރިއްޔާ ޤާއިމުވެފައިވަނީ މީލާދީން 1918 ވަނަ އަހަރުގައެވެ. އެ ޖުމްހޫރިއްޔާ ވަނީ 1938 ހިސާބުގައި އުވިގެން ގޮސްފައެވެ. އޭގެ ފަހުން ދެވަނަ ޖުމްހޫރިއްޔާއެއް ޤާއިމުވެފައިވަނީ 1945 ގައެވެ. 
އޮސްޓްރިޔާއިން ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 ޖަނަވަރީ 1995 ގައެވެ.

އޮސްޓްރިޔާގެ އާބާދީގެ ގާތްގަނޑަކަށް 25% މީހުން ދިރިއުޅެނީ ވެރިރަށް ވިއެނާ ކައިރީގައެވެ.
އޮސްޓްރިޔާގެ ރަސްމީ ބަސް ކަމުގައިވާ ޖަރުމަނު ބަހުން، އެ ޤައުމުގެ އާބާދީގެ 88.6% މީހުން ވާހަކަ ދައްކައެވެ. ތުރުކީ ބަހުން ވާހަކަ ދައްކާ މީހުންގެ ނިސްބަތަކީ 2.3% އެވެ. ސާބިޔަން ބަހުން 2.2% މީހުން ވާހަކަދައްކާއިރު ކްރޮއޭޝިޔަން ބަހުން 1.6% މީހުން ވާހަކަ ދައްކައެވެ. ހަންގޭރީ ބަހުން 0.5% މީހުން، ބޮސްނިޔަން ބަހުން 0.4% މީހުން ވާހަކަ ދައްކައެވެ.

އޮސްޓްރިޔާގެ 5% މީހުންނަކީ ޕްރޮޓެސްޓެންޓް ކްރިސްޓިޔަނުންނެވެ. އޮސްޓްރިޔާގެ އާބާދީގެ 12% މީހުން، އެއްވެސް ދީނަކަށް ތަބާ ނުވާ ކަމަށް ބުނާއިރު، 340000 މުސްލިމުން މި ޤައުމުގައި ދިރިއުޅެއެވެ. މިއީ މުސްލިމުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޢަދަދެވެ. އޮސްޓްރިޔާގެ އާބާދީގެ ތެރެއިން 8% މީހުންނަކީ އިލާހަކުވާކަމަށް ޤަބޫލުނުކުރާ މީހުންނެވެ.

ބަހާއި ސަގާފަތުގެ ގޮތުން އޮސްޓްރިޔާއާ އެންމެ ގާތް ޤައުމަކީ ޖަރުމަނެވެ. މިއުޒިކުގެ ގޮތުން ބަލާއިރުގައި އޮސްޓްރިޔާއަކީ ވަރަށް ފާހަގަކޮށްލެވޭ ޤައުމެކެވެ. ޔޫރަޕުގެ މަޝްހޫރު ސަންގީތުކާރުންގެ ތެރޭގައި އޮސްޓްރިޔާގެ ފައްނާނުން ހިމެނޭ ކަމީ މިކަމުގެ ހެތްކެކެވެ.
އޮސްޓްރިޔާގެ ކެއުންތައް އައިސްފައިވަނީ އޮސްޓްރޯ-ހަންގޭރިޔަން އެމްޕަޔަރގެ ޒަމާނުން ފެށިގެންނެވެ. 

އޮސްޓްރިޔާއަކީ ޖީ.ޑީ.ޕީއަށް ބަލާއިރުގައި ދުނިޔޭގެ އެންމެ މުއްސަނދި 12 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އޮސްޓްރިޔާގައި އޮންނަނީ ވަރަށް ވެސް ބޮޑަށް ތަރައްޤީވެފައިވާ ސޯޝަލް މާކެޓް އިކޮނޮމީއެކެވެ.




#Article 316: ރުވާންޑާ (228 words)


ރުވާންޑާ ނުވަތަ “ލޭންޑް އޮފް އަ ތައުޒަންޑް ހިލްސް” އަކީ އިރުމަތީ-މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ރުވާންޑާގެ ރަސްމީ ބަހަކީ ކިންޔާރްވާންޑާ ބަހާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ރްވާންޑަންސް ނުވަތަ ރްވާންޑީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކިގަލީއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 84 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 26338 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ rw. އެވެ. ކޯލިން ކޯޑަކީ +250 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރްވާންޑަން ފްރޭންކެވެ.

ރުވާންޑާ އާއި ބޯޑަރުގެ ގޮތުން ގުޅޭ ޤައުމުތަކަކީ ޔޫގެންޑާ އާއި ބުރުންޑީ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޓެންޒޭނިޔާއެވެ.

މިއަދުގެ ރުވާންޑާގައި މީހުން ދިރިއުޅެން ފެށި ވަކި ތާރީޚެއް އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ތާރީޚީ ޢިލްމުވެރީން ޤަބޫލުކުރައްވާ ގޮތުގައި، މި ހިސާބުގައި މީހުން އާބާދުވެފައިވަނީ ޢީސާއީ މީލާދުގެ އަށް ސާސްކަފު ނުވަތަ ތިން ސާސްކަފު ކުރީންނެވެ.
މި ގޮތުން އެންމެ ފުރަތަމަ މި ސަރަޙައްދުގައި ވަޒަންވެރިވެފައިވާ ކަމަށް ބެލެވެނީ ޝިކާރަ ކުރާ މީހުންނެވެ. 

ޖަރުމަނުގެ އިސް ބޭފުޅަކު، މި ސަރަޙައްދުގެ ވެރިކަމުގައި ހުރި ބޭފުޅަކާ ބައްދަލު ކުރައްވާފައިވަނީ 1894 ގައެވެ.

ރުވާންޑާއަށް ބެލްޖިއަމްގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1 ޖުލައި 1962 ގައެވެ.

ރުވާންޑާގެ ގިނަ މީހުންނަކީ ކިންޔަރުވާންޑާ ބަހުން ވާހަކަ ދައްކާ މީހުންނެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައި މީގެ ތެރެއިން ބައެއް މީހުން ވެސް ސަވާހިލީ ބަހުން ވާހަކަ ދައްކައި އުޅެއެވެ.
ރުވާންޑާގެ ތަޢުލީމީ މީހުން ވާހަކަ ދައްކާ މައިގަނޑު ދެ ބަހަކީ އިނގިރޭސި ބަހާއި ފަރަންސޭސި ބަހެވެ.
ރުވާންޑާގެ އާބާދީގެ 93.6% މީހުންގެ ދީނަކީ ކްރިސްޓިޔަން ދީނެވެ. 4.6% މީހުންނަކީ މުސްލިމުންނެވެ.

ރުވާންޑާގެ ސަގާފަތަށް އެ ޤައުމު އިސްތިޢުމާރު ކުރީ ޔޫރަޕުގެ މީހުންގެ އަސަރު ފޯރާފައިވި ނަމަވެސް، ބޮޑަށް ފެނިގެންދަނީ އެފްރިކާގެ އަވަށްޓެރި ޤައުމުތަކުގެ ސަގާފަތުން ވެސް ފެންނަ ފަދަ ކަންތައް ތަކެކެވެ.

ރުވާންޑާގެ އިޤްތިޞާދަށް ބަލާއިރުގައި އަދިވެސް އިންޑަސްޓްރިއަލައިޒޭޝަންގެ އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރެވެއެވެ.




#Article 317: އިސްރާއީލު (881 words)


އިސްރާއީލަކީ މެދު އިރުމައްޗަށް ނިސްބަތްވާ ޤައުމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާ ކަމުގައިވާ ނަމަ ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

އިސްރާއީލުގެ ރަސްމީ ބަހަކީ ޢިބްރީ ބަހާއި ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އިސްރާއީލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަލްއަބީބްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. އެހެން ނަމަވެސް އިސްރާއީލުން މިހާރު ބުނަމުން ގެންދަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމުގައެވެ.
މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 96 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 20770 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ il. އެވެ. ކޯލިން ކޯޑަކީ +972 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޝަކްލްއެވެ.

އިސްރާއީލުގެ އުތުރުގައި އޮތީ ލުބުނާނެވެ. އިރު އުތުރުގައި އޮތީ ސޫރިޔާއެވެ. އިރުމަތީގައި އޮތީ އުރުދުންއެވެ. ހުޅަނގު ދެކުނުގައި އޮތީ މިޞްރެވެ. އަނެއްކޮޅުން އިރުމަތީގައި އޮތީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއެވެ. ޣައްޒާ ސްޓްރިޕް އޮތީ ހުޅަނގު ދެކުނުގައެވެ.

އިސްރާއީލު އުފެދިފައިވަނީ 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް “ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން” ގެ ގޮތުގައި އޮތް ސަރަޙައްދުގައެވެ. އެއީ ފަލަސްޠީނުގެ ޤައުމީ ޤަރާރުގައި ބުނާ ގޮތުން އެ މުޅި ސަރަޙައްދަކީ ފަލަސްޠީނުގެ ސަރަޙައްދެވެ.
އެހެން ނަމަވެސް ޢާއްމު ގޮތެއްގައި މިއަދު ފަލަސްޠީނުގެ ނަމުން އިޝާރާތް ކުރެވެނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްޠީނުގެ ޢަރަބިންގެ ވެރިކަން ހިނގާ ސަރަޙައްދަށް އެކަންޏެވެ.
މި ބިމަށް ނުވަތަ ފަލަސްޠީނާއި ޤުދުސް އަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖުޣުރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ޙާދިޘާތަކުގެ ސަބަބުންނެވެ. ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ ގާތުގައި ފަލަސްޠީނަށް، އަދި ވަކިން ޚާއްޞަކޮށް ޤުދުސަށް ދެވިފައިވާ ޤަދަރުގެ ސަބަބުން ކޮންމެ ބަޔަކު ވެސް ދަނީ ޤުދުސުގެ ނުވަތަ ޔަހޫދީން ކިޔާ ގޮތަށް ނަމަ ޔަރޫޝަލަޔިމް (ޖެރޫސަލަމް) ގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ. ޔަހޫދީ ދައުލަތް އުފެދިގެން ދިޔައިރު ޤުދުސް ދެބަޔަކަށް ބައިކުރެވުނެވެ. އެއީ ހުޅަނގު ޤުދުސަށާއި އިރުމަތީ ޤުދުސަށެވެ. ޔަހޫދީ އިސްރާއީލުގެ ވެރިރަށެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައި އޮތީ ހަމަ އެކަނި ހުޅަނގު ޤުދުސް ކަމުގައި ވިޔަސް، މިހާރު އިސްރާއީލުން ވަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމަށާއި ޤުދުސަކީ ބައިބައި ކުރެވޭނޭ ތަނެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ޤުދުސްގެ ހުޅަނގު ފަޅި އިސްރާއީލުގެ ބައެއްގެ ގޮތުގައި އޮތް ކަމުގައި ވިޔަސް އިރުމަތީ ޤުދުސް ލިބެން ޖެހޭނީ ޢަރަބިންނަށެވެ. އަދި މިނިވަން ޢަރަބި ފަލަސްޠީނުގެ ވެރިރަށަކަށް ވާންޖެހޭނީ ވެސް އިރުމަތީ ޤުދުސްއެވެ. ޤުދުސުގެ އޯލްޑް ސިޓީ ނުވަތަ ޤަދީމީ ޝަހަރު އޮތީ އިރުމަތީ ޤުދުސުގައެވެ. ޤަދީމީ ޝަހަރަކީ ސަމާވީ ދީންތަކުގެ މުޤައްދަސް ތަންތަން ހުރި ޝަހަރު ކަމަށް ވާތީ ޔަހޫދީން ވެސް އިރުމަތީ ޤުދުސް ދޫކޮށްލާކަށް އެއް ބަހެއް ނުވެއެވެ. ޔަހޫދީން ބުނާ ގޮތުގައި ފަލަސްޠީނާއި ޤުދުސަކީ އެމީހުންނަށް ﷲ ދެއްވާފައިވާ ބިމެކެވެ. އެ ތަނުގެ މިލްކުވެރިންނަކީ އެމީހުންނެވެ
ތާރީޚީ ގޮތުން ބަލާއިރު ޔަހޫދީން ފަލަސްޠީނަށް ވަނީ ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އެ ކަރައިގައި ވަޒަންވެރިވިތާ 2850 އަހަރު ފަހުންނެވެ. އެހެނީ ފަލަސްޠީނުގައި ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އުޅެން ފެށީ ޢީސާ ޢަލައިހިއްސަލާމުގެ މީލާދުގެ 4000 އަހަރު ކުރިންނެވެ. އަލްޤުދުސުއްޝަރީފު ބިނާ ކުރީ ވެސް މި ދެންނެވި ދަރިކޮޅުގެ މީހުންނެވެ. ފީނީޤީންގެ ބަހުން ފަލަސްޠީނަށް “ކަންޢާން” މި ނަން ދީފައިވަނީ ވެސް މި ސަބަބަށް ޓަކައެވެ. 
ފަލަސްޠީނު އާބާދުވި ފަހުން ވަޑައިގަތް ހުރިހާ ރަސޫލުންނާ ވެސް އެތަނާ ވަނީ ވަރަށް ބޮޑު ގުޅުމެއް އުފެދިފައެވެ. މި ގޮތުން ފަލަސްޠީނު ވެފައި ވަނީ ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ މީހުންގެ ގާތުގައި ވެސް ވަރަށް މުޤައްދަސް މަރުކަޒެއް ކަމުގައެވެ. ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި ތައުޙީދުގެ ދިދަ އުފުލިފައިވަނީ ޢީސާ ޢަލައިހިއްސަލާމުގެ 2500 އަހަރު ކުރިން ޔަބޫސީ ޚާންދާނުގެ ވެރިކަމުގައެވެ. 
ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ﷲ، މޫސާ ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުންގެ ޤައުމުން އީމާންވީ މީހުންނަށް، މިޞްރުން ނުކުމެ ފަލަސްޠީނަށް ވަނުމަށް އަމުރު ކުރެއްވުމުން، އެ އަމުރުފުޅަށް ޔަހޫދީން ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކުރިމަތިވި މުޞީބާތުގައި 40 އަހަރު ވަންދެން ސަޙަރާ ތެރޭގައި މަގު އޮޅިފައިވުމަށް ފަހުގައެވެ. ޔަހޫދީން މާތް ވެގެންވާ ޤުދުސަށް ވަނީ ޢަރަބީން ފަލަސްޠީނާއި ޤުދުސް ބިނާ ކުރިތާ 3000 އަހަރު ފަހުންނެވެ. އެއީ އެ މީހުން ފަލަސްޠީނަށް ވަންތާ 150 އަހަރު ފަހުންނެވެ. މީލާދުގެ ކުރީގެ ސަނަތުން 720 ވަނަ އަހަރާއި 722 ވަނަ އަހަރާ ދެމެދު އާޝޫރީން، އިސްރާއީލީންނަށް ޙަމަލާދީ އެމީހުން ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުކޮށް ފަލަސްޠީނުގެ އުތުރުން އެ މީހުން ނެރެލިއެވެ. ބަނީ އިސްރާއީލު ޤަބީލާ ތަކަށް “ގެއްލުނު ޤަބީލާ” ތަކުގެ ނަން ކިޔާފައިވަނީ މި ދުވަސްވަރު ފަލަސްޠީނުގައި “މަމްލަކަތު އިސްރާއީލް” ނުވަތަ އިސްރާއީލީ ރަސްކަން ޤާއިމުކޮށްގެން އެމީހުން ތިބި ތަނުން ބޭރުކޮށްލެވުނު ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން ޢީސާއީ މީލާދުގެ 586 އަހަރު ކުރިން ބާބިލުގެ މީހުން ފަލަސްޠީނަށް ވަދެ ޤުދުސާއި ހައިކަލް ސުލައިމާން (ފަސްޓް ޓެމްޕަލް) ހަލާކުކޮށްލިއެވެ. މި ހިސާބުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންގެ ތެރެއިން މަރުނުވެ ބާކީ ތިބި މީހުން ފޮނުވާލެވުނީ ބާބިލަށެވެ. 
މީލާދުގެ ކުރީގެ ސަނަތުން 538 ގައި ފާރިސީން ފަލަސްޠީނު ފަތަޙަ ކުރުމަށް ފަހު، ފާރިސީންގެ ޢަދްލުވެރި ރަސްގެފާނު ޝެހެންޝާހު ޚުސްރޫ ނުވަތަ ޢިބްރީ ބަހުން ކިޔާ ގޮތަށް ނަމަ ކޫރުޝް (ސައިރަސް ދަ ގްރޭޓް) ވަނީ ޔަހޫދީންނަށް ފަލަސްޠީނަށް އެނބުރި އައުމުގެ ހުއްދައާއި އަޅުކަން ކުރުމަށްޓަކައި ހައިކަލެއް ބިނާ ކުރުމުގެ ހުއްދަ ދެއްވާފައެވެ. ތާރީޚީ މުޙައްޤިޤުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ޛުލްޤަރްނައިނި ރަސްގެފާނަކީ މިދެންނެވި ޝެހެންޝާހު ޚުސްރޫއެވެ. ޝެހެންޝާހު ޚުސްރޫއަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތް ބޭފުޅެއް ކަމުގައިވާ ޝެހެންޝާހު ދާރާ ގުޝްތާސަޕް ނުވަތަ ދާރިޔޫޝް (ދާރިއަސް 1 ދަ ގްރޭޓް) ގެ ތާއީދު ލިބިގެން ޔަހޫދީން ހައިކަލެއް (ސެކަންޑް ޓެމްޕަލް) ބިނާ ކުރީ މީލާދުގެ ކުރީގެ ސަނަތުން 516 ވަނަ އަހަރުހާތާނގައެވެ. މީލާދީން 70 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ރޫމީން، އޫރު ޝަލީމާއި އެތަނުގައި ޔަހޫދީން ބިނާކޮށްފައިވާ ހައިކަލް (ސެކަންޑް ޓެމްޕަލް) ހަލާކުކޮށްލިއެވެ. ރޫމީންގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްޠީނު މީލާދީން 330 ވަނަ އަހަރުން ފެށިގެން މީލާދީން 640 ވަނަ އަހަރާ ހަމައަށް އޮތީ، މީލާދީން 330 ވަނަ އަހަރު ޤާއިމްވި “އަލްއިމްބަރާޠޫރިއްޔާ އައްރޫމާނިއްޔާ އައްޝަރްޤިއްޔާ” ނުވަތަ ބީޒަންޓައިން އެމްޕަޔަރ (އީސްޓަރން ރޯމަން އެމްޕަޔަރ)ގެ ދަށުގައެވެ. މުސްލިމުން ފަލަސްޠީނަށް ވަނީ ރޫމީންނާއި ފާރިސީންގެ އަޅުވެތިކަމުގެ ދަށުގައިވާ ޢަރަބި ބިންތައް މިނިވަންކުރި ދުވަސްވަރުގައެވެ. މުސްލިމުންގެ އެއިރުގެ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޚިލާފަތުގައެވެ. މުސްލިމުން ފަލަސްޠީނަށް ވަން ދުވަހަކީ މީލާދީން 12 މެއި 636 ވީ އާދީއްތަ ދުވަހެވެ. ހިޖްރީ ގޮތުން ބަލާއިރު އެ ދުވަހަކީ ހިޖްރައިން 15 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 1 ވަނަ ދުވަހެވެ. އަލްޤުދުސް މުސްލިމުންނާ ޙަވާލުކުރީ އެ ޝަހަރުގެ ބީޒަންޓައިން ގަވަރުނަރު އަދި އޮތޮޑޮކްސް ޕެޓްރިއާކް އޮފް ޖެރޫސަލަމް ގެ މަޤާމުގައި ހުރި ޕެޓްރިއާކް ސޫފްރޫނިޔޫސް އެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި ފަލަސްޠީނު އޮތް އިރު އެތަނުގައި ދިރިއުޅެމުން އައި އެހެން ދީން ތަކުގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް މުސްލިމުން އަރައިގެންފައެއް ނުވެއެވެ. 
މުސްލިމުންގެ އަތްދަށުގައި 15 ޖުލައި 1099 ވަނަ އަހަރާ ހަމައަށް ފަލަސްޠީނު އޮތެވެ. ދެން އެތާނގައި ވެރިކަން ހިންގަން ފެށީ ޞަލީބީންނެވެ. ޞަލީބީންވަނީ ޤުދުސްގައި ތިބި މުސްލިމުންނާއި ޔަހޫދީންގެ އިތުރުން އޮތޮޑޮކްސް ނަޞާރާއިންނާ ދެކޮޅަށް ވެސް ޤަތުލުޢާއްމު ހިންގާފައެވެ. ގާތްގަނޑަކަށް 88 އަހަރު ވަންދެން އެމީހުންގެ އަތްދަށުގައި ފަލަސްޠީނު އޮތުމަށްފަހު އެތަން ފަތަޙަ ކުރީ މަޝްހޫރު ކުރުދީ އިސްލާމީ ފާތިޙު ޞަލާޙުއްދީނު އަލްއައްޔޫބީ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައާ ހަމަޔަށް ފަލަސްޠީނު އޮތީ ޢުޘްމާނީ ޚިލާފަތުގެ ދަށުގައެވެ.

އިނގިރޭސީން 4 މެއި 1948 ގައި ޔަހޫދީންގެ އަތްމައްޗަށް ފަލަސްޠީނު ދޫކޮށްލިއެވެ. މިކަމުގެ އެންމެ ފަހު ނަތީޖާއަކީ 1948 ވަނަ އަހަރު މެއިމަހުގެ 14 ވަނަ ދުވަހު ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމެވެ.

އިސްރާއީލަކީ ޤައުމު ތަކުގެ ތެރެއިން ޔަހޫދީންގެ އަޣުލަބިއްޔަތު އޮތް އާބާދީއެއް އޮތް ހަމަ އެކަނި ޤައުމެވެ. އެ ޤައުމުގެ 7.5 މިލިއަން އާބާދީގެ ތެރޭގައި 5.7 މިލިޔަން ޔަހޫދީން އެބަތިއްބެވެ.

ސަގާފަތަށް ބަލާއިރުގައި ބަލްގޭރިޔާއަކީ އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމުގައި އޮތް ޤައުމެއް ކަމަށް ވެފައި ބަލްކަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެއް ކަމުން ނުހުރެ ނުދާނޭ ސިފަތަކެއް ބަލްގޭރިޔާގެ ސަގާފަތުން ފެނެއެވެ.




#Article 318: ހޮންޑިއުރަސް (339 words)


ހޮންޑިއުރަސް އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޖުމްހޫރިއްޔާއެކެވެ.

ހޮންޑިއުރަސްގެ ރަސްމީ ބަހަކީ ސްޕެނިޝްބަހާއި ގަރިފޫނާ ޑައިލެކްޓްގެ އިތުރުން އަދިވާސީ ބައެއް ބަސްތަކެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހޮންޑިއުރަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތެގުޗިގަލްޕާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 97 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 112492 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hn. އެވެ. ކޯލިން ކޯޑަކީ +504 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެންޕީރާއެވެ.

ކުރީން ހޮންޑިއުރަސްއަށް ކިޔައި އުޅުނު ނަމަކީ ސްޕެނިޝް ހޮންޑިއުރަސްއެވެ. އެއީ ބްރިޓިޝް ހޮންޑިއުރަސްއާ ތަފާތު ކުރުމުގެ ގޮތުންނެވެ. ބްރިޓިޝް ހޮންޑިއުރަސްއަށް މިހާރު ކިޔާ ނަމަކީ ބެލީޒްއެވެ.

ހޮންޑިއުރަސްގެ ހުލަނގުގައި އޮތީ ގުއަޓެމާލާއެވެ. ހުޅަނގު ދެކުނުގައި އޮތީ އެލް ސެލްވަޑޯރ އެވެ. އިރު ދެކުނުގައި އޮތީ ނިކަރާގުއާއެވެ. 

އާސާރީ ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ހޮންޑިއުރަސްއަކީ ތަފާތު އެތައް ނަސްލެއްގެ މީހުން އެ ޤައުމުގެ ބޯދާ ތާރީޚާ ގުޅިފައިވާ ޤައުމެކެވެ.
މި ތާރީޚުގެ އެންމެ މުހިއްމު އެއް ކަމަކީ ހުޅަނގު ހޮންޑިއުރަސްގެ ޝަހަރެއްގައި މާޔާ މީހުން އުޅުން ކަމުގައި ވެސް ތާރީޚު ޢިލްމުވެރީން ވިދާޅުވެއެވެ. 
މާޔާއިންގެ ޙަޟާރަތު ވަނީ މީލާދީން 900 ގެ އަހަރުތަކަށް އެޅުނު އިރު ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ. އެހެން ނަމަވެސް 1200 ވަނަ އަހަރާ ހަމައަށް ވެސް މި ސަރަޙައްދުގައި މީހުން އުޅުނުކަން ސާބިތުވެއެވެ.
އިސްޕޭނު މީހުން މި ސަރަޙައްދަށް އައި އިރު މާޔާއިންނެއް މިތާކު ނެތެވެ. މި ހިސާބުގައި ތިބީ މާޔާއިން ނޫން އެހެން ދަރިކޮޅެއްގެ ބައެކެވެ. 
މީލާދީން 1502 ގައި “އައު ދުނިޔެ” އަށް ކުރެއްވި ހަތަރު ވަނަ އަދި އެންމެ ފަހު ދަތުރުގައި ކްރިސްޓަފަރ ކޮލަންބަސް ވަނީ ހޮންޑިއުރަސްގެ އައްސޭރީގައިވާ ބޭއި އައިލެންޑްސްއަށް ދުރުވެފައެވެ.
އިސްޕޭނު މީހުންނަށް މި ތަން ފެނުމަށް ފަހު، މިއަދުގެ ހޮންޑިއުރަސް ވެސް ވެގެން ދިޔައީ އިސްޕޭނުގެ ވަރުގަދަ އަމްބަރާޠޫރިއްޔަތުގެ ބަޔަކަށެވެ. އިސްޕޭނު މީހުން ވަނީ ގާތްގަނޑަކަށް ތިން ޤަރުނު ވަންދެން މި ހިސާބުގައި އެމީހުންގެ ވެރިކަން ޤާއިމުކޮށްފައެވެ.
އިސްޕޭނު މީހުން ހޮންޑިއުރަސް އަށާއި މެދުތެރޭ އެމެރިކާގެ އެހެން ޕްރޮވިންސްތަކަށް މިނިވަންކަން ދީފައިވަނީ 15 ސެޕްޓެންބަރު 1821 ގައެވެ. ފެޑެރަލް ރިޕަބްލިކް އޮފް ސެންޓްރަލް އެމެރިކާއިން ވަކިވެ މިނިވަން މުސްތަޤިއްލު ޤައުމަކަށް ހޮންޑިއުރަސް އިން ވެފައިވަނީ 31 މެއި 1838 ގައެވެ. 
އިސްޕޭނު މީހުން ހޮންޑިއުރަސްގައި ވަޒަންވެރިވެގެން ތިބި ދުވަސްވަރުގައި އެންމެ ބޮޑަށް އިސްކަންދީފައިވަނީ ރިހި ނެގުމަށެވެ. 

ހޮންޑިއުރަސްގެ އާބާދީގެ 85% އަކީ މެސްޓިޒޯއިންނެވެ. 6% އަކީ އެމެރިންޑިޔަނުންނެވެ. 1% އަކީ ކަޅު މީހުންނެވެ. 8% އަކީ ދޮން މީހުންނެވެ.
ހޮންޑިއުރަސްގައި، ކުރީގެ ބައެއް އަދިވާސީ ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންވެސް ދިރިއުޅެމުން ގެންދެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ގުއަޓެމާލާ ބޯޑަރު ކައިރީގައި އުޅޭ މާޔާއިންގެ ގުރޫޕަކާއި ގަރިފޫނާއިންނެވެ. މީގެ އިތުރުން ޕާޔާ އިންޑިޔަނުންގެ ގުރޫޕެއް ކަމުގައިވާ ޕެޗުންނާއި ތޮލޫޕަން އާއި ލެންސާއިންނާއި މިސްކިޓޯއިން ހިމެނެއެވެ.
ހޮންޑިއުރަސްގެ ކަޅު މީހުން ދިރިއުޅެމުންދަނީ ކެރީބިޔަން އައްސޭރީގައެވެ. މީގެ ތެރޭގައި ގިނައީ ވެސްޓް އިންޑީޒްގެ ރަށްތަކަށް ނިސްބަތްވާ މީހުންނެވެ.

ހޮންޑިއުރަސްގެ ސަގާފަތަށް ބަލާއިރު ފެންނާނީ ލެޓިން އެމެރިކާގެ އެހެން ޤައުމުތަކާ ވަރަށް އެއްގޮތް ޤައުމެއްގެ ގޮތުގައެވެ. 




#Article 319: ޑޮމިނިކަން ޖުމްހޫރިއްޔާ (410 words)


ޑޮމިނިކަން ރިޕަބްލިކްއަކީ އައިލެންޑް އޮފް އިސްޕެނިޔޯލާގައި އޮންނަ ޤައުމެކެވެ. އައިލެންޑް އޮފް ހިސްޕެނިޔޯލާއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެކެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑޮމިނިކަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެންޓޯ ޑޮމިންގޯއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ދީމުޤްރާޠީ ޖުމްހޫރިއްޔާއެކެވެ. ނުވަތަ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެކެވެ. 
ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 80 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 48442 އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ do. އެވެ. ކޯލިން ކޯޑަކީ +1-809، +1-829، +1-849 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

ރަސްމީ ނަމެއްގެ ގޮތުގައި މި ޤައުމަށް ބޭނުން ކުރެވެނީ ޑޮމިނިކަން ރިޕަބްލިކް މިނަމެވެ. އިސްޕެނިޝް ބަހުން ކިޔަނީ ރިޕަބްލިކާ ޑޮމިނިކާނާއެވެ. 

ޑޮމިނިކަން ރިޕަބްލިކް އޮންނަނީ އައިލެންޑް އޮފް އިސްޕެނިޔޯލާގައެވެ. މި ރަށުގެ ހުޅަނގު ފަޅީގައި އޮންނަނީ ހައިޓީއެވެ. ޤައުމުގެ ސަރަޙައްދާއި އާބާދީގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް، ކެރީބިޔަން ސަރަޙައްދުގައި ދެވަނައަށް އެންމެ ބޮޑު ޤައުމަކަށް އޮތީ ޑޮމިނިކަން ރިޕަބްލިކެވެ. އެއީ ކިޔުބާއަށް ފަހުގައެވެ. އާބާދީގެ ގޮތުން ވެސް އަދި އަކަމިނުގެ ގޮތުން ބެލިޔަސް، އެއްވަނަ ޤައުމަކީ ކިޔުބާއެވެ.

މީލާދީން ހަތްވަނަ ޤަރުނާ ހިސާބުން ފެށިގެން ވެސް މި ރަށުގައި މީހުން ދިރިއުޅޭކަން ސާބިތުވެއެވެ. އޭރު މި ރަށުގައި ދިރިއުޅެމުން އައި ބަޔަކީ ޓައިނޯއިންނެވެ. މިއަދު ޑޮމިނިކަން ރިޕަބްލިކްގެ ގޮތުގައި އޮތް ސަރަޙައްދަށް ކްރިސްޓޮފަރ ކޮލަންބަސްއަށް އާދެވުނީ މީލާދީން 1492 ވަނަ އަހަރުގައެވެ. 
އަރަވަކާންއިން ވާހަކަ ދައްކާ ޓައިނޯއިން އައިލެންޑް އޮފް އިސްޕެނިޔޯޯލާއަށް އައިސްފައިވަނީ މީލާދީން 650 ވަނަ އަހަރާ ހިސާބުގައެވެ. އެމީހުން އައިސް އެރަށުގެ އަސްލު ރަށްވެހިން އެރަށުން ނެރެލާފައިވާ ކަމަށް ޤަބޫލުކުރެވިފައިވެއެވެ.
އަދި މިތަން ވެގެން ދިޔައީ އެމެރިކާ އާއި ކެރީބިޔަނަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުންގެ ދާއިމީ ސެޓްލްމަންޓެއް ޤާއިމުވިތަން ކަމުގައެވެ. މިއަދު ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށެއްގެ ގޮތުގައި އޮތް ސެންޓޯ ޑޮމިންގޯއަކީ އިސްޕެނިޝް ނިއު ވޯލްޑްގެ ފުރަތަމަ ވެރިރަށް ވެސްމެއެވެ. 
އެމެރިކާ އަދި ކެރީބިޔަން ސަރަޙައްދުގައި އެންމެ ފުރަތަމައަށް ޔުނިވަރސިޓީއެއް ޤާއިމުކުރެވުނީ ވެސް ސެންޓޯ ޑޮމިންގޯގައެވެ. ހަމަ އެފަދައިން އެންމެ ފުރަތަމަ ކެތެޑްރަލް އަކާއި ކާސަލްއެއް ވެސް ބިނާކުރެވުނީ ހަމަ މި ރަށުގައެވެ. މީގެ ތެރެއިން ކާސަލްއަކީ މިއަދު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. 
ޑޮމިނިކަން ރިޕަބްލިކަށް އެންމެ ފުރަތަމަ ފަހަރަށް އިސްޕޭނު މީހުންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1 ޑިސެންބަރު 1821 ގައެވެ. 
އެހެން ނަމަވެސް އަވަށްޓެރި ހައިޓީން ޑޮމިނިކަން ރިޕަބްލިކްގެ މިނިވަންކަމަށް އަރައިގަތެވެ. ޑޮމިނިކަން ރިޕަބްލިކަށް ހައިޓީގެ ކިބައިން މިނިވަންކަން ލިބިފައިވަނީ ފެބްރުއަރީ 27، 1844 ގައެވެ. 
ދެވަނަ ފަހަރަށް އިސްޕޭނުގެ ކިބައިން ޑޮމިނިކަން ރިޕަބްލިކަށް މިނިވަންކަން ލިބުނީ 16 އޯގަސްޓް 1865 ގައެވެ.

މިއަދުގެ ޑޮމިނިކަން ރިޕަބްލިކްގެ އާބާދީގެ 73% މީހުންނަކީ މަސްހުނި ނަސްލަކަށް ނިސްބަތްވާ މީހުން، ނުވަތަ މަލްޓި ރޭޝަލް މީހުންނެވެ. 16% މީހުންނަކީ ދޮން މީހުންނެވެ. 11% މީހުންނަކީ ކަޅު މީހުންނެވެ. މަލްޓި ރޭޝަލް މީހުންނަކީ އެފްރިކަން، ޔޫރަޕިއަން، އަދި ޓައިނޯއިންގެ މަސްހުނި ނަސްލެކެވެ. 
ޑޮމިނިކަން ރިޕަބްލިކްގެ 95.2% މީހުންނަކީ ކްރިސްޓިޔަނުންނެވެ. މީގެ ތެރެއިން 88.6% މީހުންނަކީ ރޯމަން ކެތަލިކުންނެވެ. 4.2% މީހުންނަކީ ޕްރޮޓެސްޓެންޓުންނެވެ. މީގެ އިތުރުން 0.02% މުސްލިމުން ވެސް މި ޤައުމުގައި ދިރިއުޅޭކަން ފާހަގަކުރެވެއެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ސަގާފަތަށް ބަލާއިރުގައި ފެންނާނީ އަވަށްޓެރި ކެރީބިޔަން ޤައުމުތަކުން ފެންނަ ފަދަ ސަގާފީ ކުލަވަރެކެވެ. އެއީ އިސްޕޭނުގެ ކޯލޯނިސްޓުންނާއި، އެފްރިކާގެ އަޅުންނާއި އަޞްލު ވަޒަންވެރީން ކަމުގައިވާ ޓައިނޯއިންގެ ސަގާފަތްތަކުން އެކުލެވި މަސްހުނިވެފައިވާ ސަގާފަތެކެވެ. 
ދީނާއި، ޢާއިިލީ އޮނިގަނޑާއި، މިއުޒިކު ފަދަ ކަންތައް އޮތީ މި އުޞޫލުން ކަމުގައިވާއިރު، ޢާއްމުކޮށް ބޭނުންކުރެވޭ ކާނާތަކަށް ކިޔަނީ ޓައިނޯ ނަންނަން ކަން ފާހަގަކުރެވެއެވެ.

ސެންޓްރަލް އެމެރިކާ އާއި ކެރީބިޔަން ބަލާއިރު ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮތް ޤައުމެއް ކަމަށް ބެލެވިފައިވަނީ ޑޮމިނިކަން ރިޕަބްލިކެވެ.




#Article 320: ބެލަރޫސް (289 words)


ބެލަރޫސްއަކީ އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. 

ބެލަރޫސްގެ ރަސްމީ ބަހަކީ ބެލަރޫސިޔަން ބަހާއި ރޫސީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބެލަރޫސިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މިންސްކެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މި ޤައުމަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 87 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 207600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ by. އެވެ. ކޯލިން ކޯޑަކީ +375 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބެލަރޫސިޔަން ރޫބެލްއެވެ.

ބެލަރޫސްގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ބެލަރޫސްއެވެ. ބެލަރޫސް މި ބަސް ނެގިފައިވަނީ ވައިޓް ރޫސް މިބަހުންނެވެ. 

ބެލަރޫސްގެ އުތުރުގައި އޮތީ ލިތުއޭނިޔާ އާއި ލެޓްވިޔާއެވެ. އުތުރާއި އިރުމަތީގައި އޮތީ ރަޝިޔާއެވެ. ދެކުނުގައި އޮތީ ޔުކްރެއިނެވެ. ހުޅަނގުގައި އޮތީ ޕޮލޭންޑެވެ.
ބެލަރޫސްގެ 40% ވަނީ ޖަންގަލި ކުރެވިފައެވެ. 

މި ގޮތުން ޑަޗީ އޮފް ޕޮލަސްކާއި، ގްރޭންޑް ޑަޗީ އޮފް ލިތުއޭނިޔާ އާއި، ޕޮލިޝް- ލިތުއޭނިޔަން ކޮމަންވެލްތް ހިމެނެއެވެ. 

ދެން ބެލަރޫސް ވެގެން ދިޔައީ ސޯވިއެޓް ޔޫނިއަންގެ ތެރޭގައި ހިމެނޭ ދުސްތޫރީ ޖުމްހޫރިއްޔާއަކަށެވެ. ބައެލޯރަޝިޔަން ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކްގެ ގޮތުގައެވެ.
މިއަދުގެ ބެލަރޫސްގެ ބޯޑަރުތައް މިހާރު މިހިރަ ގޮތަށް ހަމަޖެހިގެން ދިޔައީ، 1939 ވަނަ އަހަރުގައެވެ. ބެލަރޫސްގެ އެތައް ބިމެއް އޭރު އަލުން ބެލަރޫސްއާ ގުޅިގެން ދިޔައެވެ. އެއީ ސެކަންޑް ޕޮލިޝް ރިޕަބްލިކްގެ ދަށުގައި ހުރި ބިންތަކުގެ ތެރެއިން ނަސްލުގެ ގޮތުން ބެލަރޫސް އަދި ރަޝިޔާއާ ގުޅޭ މީހުން ތިބި ބިންތަކެވެ.
ބެލަރޫސްގެ ސަރަޙައްދާއި އެތަނުގެ ޤައުމުވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފުނޑުފުނޑުވެގެން ގޮސްފައެވެ.
މި ހަނގުރާމައިގެ ތެރޭގައި ބެލަރޫސްގެ އާބާދީގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުން ވަނީ ނެތިގެން ގޮސްފައެވެ.
ސޯވިއެޓް ޔޫނިއަން އުވިގެން ދިއުމާއެކު، ބެލަރޫސްގެ ބަރުލަމާނުން އެ ޤައުމަކީ މުސްތަޤިއްލު ޤައުމެއް ކަމުގައި 27 ޖުލައި 1990 ގައި ހަމަޖެއްސިއެވެ. އަދި 25 އޯގަސްޓް 1991 ގައި އެ ޤައުމުގެ މިނިވަންކަން އިޢުލާާންކުރިއެވެ.

ލުކަޝެންކޯ ވަނީ އޭނާގެ ވެރިކަމުގައި ސޯވިއެޓް ޒަމާނުގެ ބައެއް ސިޔާސަތުތައް ހިންގަވަން ފަށްޓަވާފައެވެ.
މި ގޮޮތުން އިޤްތިޞާދުގެ ބާރު އޮންނަ ފަރާތަކީ ދައުލަތް ކަމުގައި ހަމަޖެހިގެން ދިޔައެވެ. މިކަމަށް ހުޅަނގުގެ ޤައުމުތަކުން ދެކޮޅު ހެދި ކަމުގައި ވިޔަސް އެކަމަށް މާ ބޮޑު ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ.

ބެލަރޫސްގެ އާބާދީގެ 80% މީހުންނަކީ ނޭޓިވް ރައްޔިތުންނެވެ. މީގެ އިތުރުން ވެސް ރަޝިޔާ، ޔުކްރެއިން، އަދި ޕޮލިޝް ނަސްލުގެ މީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ. 

އާދަކާދަ އާއި ސަގާފަތުގެ ގޮތުން ބަލާއިރުގައި ބެލަރޫސްއަކީ ރަޝިޔާއާ ހުރިހާ ގޮތަކުން ވެސް އެއް ސިފަތަކެއް ލިބިގެންވާ ޤައުމެކެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރުގައި، އެންމެ ކުރީގައި އުޅޭ ޞިނާޢަތުތަކަކީ ދަނޑުވެރިކަމާއި، އުފެއްދުންތެރިކަމެވެ.




#Article 321: ބޮލީވިއާ (363 words)


ބޮލީވިޔާއަކީ ދެކުނު އެމެރިކާގެ މެދުތެރެއަށް ނިސްބަތްވާ، ބިން ބަންދު ޤައުމެކެވެ. 

ބޮލީވިޔާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން ވެސް 36 ބަހެއް ރަސްމީ ބަސްތަކުގެ ގޮތުގައި ބަލާފައިވެއެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބޮލީވިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަންތަ ކުރޫޒް ދެ ލަ ސިއޭރާއެވެ. ބޮލީވިޔާގެ ދުސްތޫރީ ވެރިރަށަކީ ސުކްރޭއެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ރަށަކީ ލާ ޕާޒްއެވެ. 
މި ޤައުމަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 85 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.09 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bo. އެވެ. ކޯލިން ކޯޑަކީ +591 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބޮލިވިޔާނޯއެވެ.

ބޮލީވިޔާގެ ރަސްމީ ނަމަކީ ޕްލުރިނޭޝަނަލް ސްޓޭޓް އޮފް ބޮލީވިޔާއެވެ.
ސްޕޭނު މީހުންގެ އިސްތިޢުމާރުގެ ދުވަސްވަރުގައި މި ޤައުމު އޮތް ސަރަޙައްދަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ ނަމަކީ “އަޕަރ ޕެރޫ” ނުވަތަ “ޗަރްކާސް” އެވެ. 

ބޮލީވިޔާގެ އުތުރާއި އިރުމަތީގައި އޮތީ ބްރެޒީލެވެ. ދެކުނުގައި އޮތީ ޕެރަގުއޭ އާއި އާޖެންޓީނާއެވެ. ހުޅަނގުގައި އޮތީ ޗިލީ އާއި ޕެރޫއެވެ.

ޔޫރަޕު މީހުން އައިސް އިސްތިޢުމާރު ކުރުމުގެ ކުރީގައި ބޮލީވިޔާގެ ސަރަޙައްދަކީ އިންކާ އެމްޕަޔަރުގެ ބައެކެވެ. އެއީ ޕްރީ-ކޮލަންބިޔަން އެމެރިކާގެ އެންމެ ބޮޑު ދައުލަތެވެ.
އިސްޕޭނުގެ އެމްޕަޔަރުން މި ސަރަޙައްދު އިސްތިޢުމާރުކުރީ 16 ވަނަ ޤަރުނުގައެވެ. ބޮލީވިޔާގެ ސަރަޙައްދު ހިންގަމުން ގޮސްފައިވަނީ ވައިސްރޯޔަލްޓީ އޮފް ޕެރޫގެ ދަށުންނެވެ. މި ވައިސްރޯޔަލްޓީގެ ތެރޭގައި ދެކުނު އެމެރިކާގައި ހުރި ސްޕޭނުގެ ގިނަ ކޮލޮނީތައް ހިމެނުނެވެ.
މީލާދީން 1809 ވަނަ އަހަރުގައި މިނިވަންކަން އިޢުލާންކުރުމާ އެކު 16 އަހަރަށް ދެމިގެން ދިޔަ ހަނގުރާމައެއް ކުރެވުނެވެ.
އޭގެ ފަހުން މީލާދީން 1825 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު ޖުމްހޫރިއްޔާއެއް ޤާއިމުވިއެވެ. މި ޖުމްހޫރިއްޔާ ޤާއިމުވިއިރު ނަން ނިސްބަތްވެގެން ދިޔައީ ސިމޯން ބޮލިވާރް އަށެވެ. އެއީ އެ ޤައުމުގެ އިތުރުން އެތައް ޤައުމެއްގެ މިނިވަންކަމުގެ ބަޠަލެވެ.
އެންމެ ފުރަތަމަ މި ޤައުމަށް ކީ ނަމަކީ ރިޕަބްލިކް އޮފް ބޮލިވާރް އެވެ. އެހެން ނަމަވެސް މަނުއެލް މާޓިން ކްރޫޒް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. 
ސްޕެނިޝް ބަހުން އޭނާ ވިދާޅުވީ “ސި ދޭ ރޮމިއުލޯ ރޯމާ، ދެ ބޮލިވާރް ބޮލީވިޔާ” މިހެންނެވެ. މީގެ އިނގިރޭސި ތަރުޖަމާއަކީ “އިފް ފްރޮމް ރޮމިޔުލަސް ކަމްސް ރޯމް، ދެން ފްރޮމް ބޮލިވާރް ކަމްސް ބޮލީވިޔާ” އެވެ. އެހެން ކަމާއެކު 3 އޮކްޓޯބަރު 1825 ގައި ރިޕަބްލިކް އޮފް ބޮލިވާރްގެ ނަމަކީ ރިޕަބްލިކް އޮފް ބޮލީވިޔާ ކަމުގައި ހަމަޖެހިގެން ދިޔައެވެ.

ބޮލީވިޔާގެ ނަސްލުތަކަށް ބަލާލާއިރުގައި 30% މީހުންނަކީ ކުއެޗުއާ ބަހުން ވާހަކަ ދައްކާ މީހުންނާއި އައިމާރާ ބަހުން ވާހަކަ ދައްކާ 25% އެމެރިންޑިޔަނުންނެވެ. 
އެހެންކަމުން އެމެރިންޑިޔަނުންގެ އާބާދީއަކީ 55% އެވެ. 30% މީހުންނަކީ މެސްޓިޒޯއިންނެވެ. އެއީ ޔޫރަޕުގެ މީހުންނާއި އެމެރިންޑިޔަނުންގެ މަސްހުނި ނަސްލެކެވެ. ގާތްގަނޑަކަށް 15% މީހުންނަކީ ދޮން މީހުންނެވެ.

ބޮލީވިޔާގެ ސަގާފަތުގެ ތެރެއިން އަދިވާސީ އެމެރިންޑިޔަނުންގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ފާޅުވެގެންދެއެވެ. މި ގޮތުން ކުއެޗުއާއިންނާއި އައިމާރާއިންގެ ސަގާފަތުގެ އަސަރުތައް ވަރަށް ބޮޑަށް ފާހަގަވެގެންދެއެވެ.
މީގެ އިތުރުން ލެޓިން އެމެރިކާގެ އެހެން ޤައުމުތަކުގެ ސަގާފަތުން ވެސް ބޮލީވިޔާގެ ސަގާފަތަށް މުއްސަނދިކަން ލިބިފައިވާކަން ފާހަގަވެއެވެ.

ޖީ.ޑީ.ޕީއަށް ބަލާއިރު ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ދަށް ޖީ.ޑީ.ޕީއެއް އޮތީ ބޮލީވިޔާގައެވެ. އެހެން ނަމަވެސް ބޮލީވިޔާއަކީ ޤުދުރަތީ ވަސީލަތްތަކުން ވަރަށް ބޮޑަށް މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ.




#Article 322: ސުވިޑަން (391 words)


ސުވިޑަންއަކީ އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ސުވިޑަންގެ ރަސްމީ ބަހަކީ ސުވެޑިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސްވީޑްސް ނުވަތަ ސްވެޑިޝްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސްޓޮކްހޯލްމްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. 
ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 88 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 450295 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ se. އެވެ. ކޯލިން ކޯޑަކީ +46 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބެލަރޫސިޔަން ރޫބެލްއެވެ.

ސުވިޑަންގެ ރަސްމީ ނަމަކީ ކިންޑަމް އޮފް ސުވިޑަންއެވެ. ސުވިޑަން މި ނަން ނެގިފައިވަނީ ބޯދާ އިނގިރޭސި ބަހުގެ “ސުވެދިއޮޑް” މި ބަހުންނެވެ. މީގެ މާނައަކީ “ސުވިޑަންގެ މީހުން” ނެވެ.
ސުވެޑިޝް ބަހުން ކިޔާ ނަން ކަމުގައިވާ “ސުވެރިޖް” މި ބަހުގެ އަޞްލު މާނައަކީ ސުވިޑަންގެ ރަސްކަމެވެ. 
ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި ސުވިޑަން އަދި ސުވަޑޭސް މި ނަންތައް ނެގިފައިވަނީ ސެންސިކިރުތު ބަހުގެ ސްވަދޭޝް މި ބަހުންނެވެ. މި ބަހުގެ މާނައަކީ “އަމިއްލަ ޤައުމު” އެވެ.

ސުވިޑަންގެ ހުޅަނގުގައި އޮތީ ނޯވޭއެވެ.އިރުއުތުރުގައި އޮތީ ފިންލޭންޑެވެ. ދެކުނުގައި އޮންނަ އޯރެސުން ބްރިޖުން ސުވިޑަން އޮންނަނީ ޑެންމާކާ ގުޅިފައެވެ.

ސުވިޑަންގެ ކުރީގެ ތާރީޚު ފެށެނީ ޢީސާއީ މީލާދުގެ 12 ސާސްކަފު ކުރީން ކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ.
ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުން ފަދަ ކަންތައް މި ހިސާބުގައި ފެށިފައިވަނީ ޢީސާއީ މީލާދުގެ 4000 އަހަރު ކުރީންނެވެ.
ނޯޑިކް ބްރޯންޒް އޭޖްގެ ކަންތައް މި ހިސާބުގައި ފެށިފައިވަނީ ޢީސާއީ މީލާދުގެ 1700 އަހަރު ކުރީންނެވެ. އެއީ ޔޫރަޕުގެ މައި ކޮންޓިނެންޓުން މި ސަރަޙައްދަށް ބްރޯންޒް އިމްޕޯރޓްކުރަން ފެށި ހިސާބުންނެވެ. 
މި ދުވަސްވަރުގައި ލޮއި ނެގުން ފަދަ ކަމެއް މި ސަރަޙައްދުގައި ކޮށްފައެއް ނުވެއެވެ. އަދި ސްކެންޑިނޭވިޔާގައި ޓީނުގެ ޑިޕޮޒިޓެއް ނެތުމާއެކު ހުރިހާ ވައްތަރެއްގެ މަޢުދަން ޖެހެނީ އިމްޕޯޓްކުރާށެވެ.
މީލާދީން 6 ވަނަ ޤަރުނުގައި ޖޯޑާނީސް ލިޔުއްވި ލިޔުއްވުމެއްގައި ސުއެހަންސް ކިޔާ ބަޔަކާއި ސުއެތިދީ ކިޔާ ބައެއްގެ ވާހަކަ ގެންނަވާފައިވެއެވެ. ސުއެހަން މީހުންގެ އަތުގައި ވަރަށް ރީތި އަސްތަކެއް ހުންނަ ކަމުގައި ވެސް ލިޔުއްވާފައިވެއެވެ. ހަމަ އެހެންމެ އެހެން ލިޔުންތެރީން ވެސް ސުވިޑަންގެ ރަސްރަސްކަލުންގެ އަތްޕުޅުގައި ހުންނަ އަސްތަކުގެ ރީތި ވާހަކަ ގެންނަވާފައިވެއެވެ.
ސުވިޑަންގެ މީހުންނަކީ ހަނގުރާމައިގެ ހުނަރުތައް ވަރަށް ބޮޑަށް ލިބިފައިވާ ބައެއް ކަމަށް ބެލެވިފައިވެއެވެ. ބައިޒެންޓައިން އެމްޕެރަރ ތިއޯފިލަސް ވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ. އަދި އެމަ`ިކުފާނުގެ އަރިހުގައި، ބޮޑީގާޑުންގެ ގޮތުގައި ވެސް މި މީހުން ބޭނުންކުރައްވާފައިވެއެވެ.
ސުވިޑަންގެ ވައިކިން މީހުންގެ ތެރޭގައި ހިމެނޭ “ރޫސް” މީހުންނަކީ “ކިޔެވަން ރޫސް” މީހުންގެ ކާބަފައިން ކަމަށް ބެލެވިފައިވެއެވެ.
މީލާދީން 14 ވަނަ ޤަރުނުގައި ސުވިޑަންގެ މީހުންނަށް “ކަޅުމަރު” ނުވަތަ ޠާޢޫނާ ކުރިމަތިލާން ޖެހުނެވެ. މީގެ ސަބަބުން ސުވިޑަންގެ އާބާދީގެ ބޮޑު ބައެއް ނެތިގެން ދިޔައެވެ.
ސުވިޑަން އީޔޫގައި ބައިވެރިވީ 1 ޖަނަވަރީ 1995 ގައެވެ.

ސުވިޑަންއަކީ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ ހިތްވާ ޤައުމެކެވެ. އެހެން ކަމުން ވަރަށް ގިނަ ބަޔަކު ސުވިޑަންއަށް ހިޖުރަ ކުރަމުންދެއެވެ. 2008 ވަނަ އަހަރަށް ބަލާއިރުގައި މިގޮތުން ފިންލޭންޑުގެ 171113 މީހުންނާއި، އިރާގުގެ 109446 މީހުންނާއި ކުރީގެ ޔޫގޮސްލާވިޔާގެ 72285 މީހުންނާއި ޕޮލޭންޑުގެ 63822 މީހުންނާއި، އީރާނުގެ 57663 މީހުންނާއި، ބޮޒްނިޔާ ހަރްޒްގޮވީނާގެ 55960 މީހުންނާއި، ޑެންމާކުގެ 44310 މީހުންނާއި، ނޯވޭގެ ހަމަ 44310 މީހުންނާއި، ޗިލީގެ 28118 މީހުންނާއި، ތައިލޭންޑުގެ 25858 މީހުންނާއި، ސޯމާލިޔާގެ 25159 މީހުންނާއި ލުބުނާނުގެ 23291 މީހުން ހިމެނެއެވެ.

ސުވިޑަންއަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. ސަގާފީ ގޮތުން ސުވިޑަންއާ އެންމެ އެއް ގޮތް ޤައުމުތަކަކީ ސްކެންޑިނޭވިޔާގެ އެހެން ޤައުމުތަކެވެ.

ސުވިޑަންގެ އިޤްތިޞާދަކީ އެކްސްޕޯޓްގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެކެވެ.




#Article 323: ތަޖިކިސްތާން (324 words)


ތަޖިކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. 

ތަޖިކިސްތާނުގެ ރަސްމީ ބަހަކީ ތަޖިކް ބަހެވެ. މިއީ ފާރިސީ ބަހުގެ ވައްތަރެކެވެ. އެހެން ނަސްލުތަކުގެ މީހުންނާ މުޢާމަލާތް ކުރުމުގެ ގޮތުން ރޫސީ ބަސް ބޭނުން ކުރެވެއެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ތަޖިކިސްތާނީސްްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދުޝަންބޭއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ރިޔާސީ ޖުމްހޫރިއްޔާއެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. 
ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 99 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 143100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tj. އެވެ. ކޯލިން ކޯޑަކީ +992 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޮމޮނީއެވެ.

ތަޖިކިސްތާނުގެ ދެކުނުގައި އޮތީ އަފްޣާނިސްތާނެވެ. ހުޅަނގުގައި އޮތީ އުޒްބެކިސްތާނެވެ. އުތުރުގައި އޮތީ ކިރްގިސްތާނެވެ. އިރުމަތީގައި އޮތީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. ތަޖިކިސްތާނާއި ޕާކިސްތާނާ ދެމެދު އޮޮތީ ވަކާން ކޮރިޑޯއެވެ.

ޢީސާއީ މީލާދުގެ 4000 އަހަރު ކުރީއްސުރެ ފެށިގެން މިއަދުގެ ތަޖިކިސްތާން އޮތް ސަރަޙައްދުގައި މީހުން ދިރިއުޅެމުން ގެންދެއެވެ. މި ސަރަޙައްދު އޮންނަނީ އެކި ޒަމާންތަކުގައި އެކި ވެރިކަން ދަށުގައެވެ. އެންމެ ގިނަ ދުވަހު މިތަން އޮތީ ފާރިސީ ވެރިކަމުގެ ދަށުގައެވެ.
ތަޖިކިސްތާނަކީ ޤަދީމީ ކަންބޯޖާގެ ބައެކެވެ. ތަޖިކިސްތާނަށް މުސްލިމުން ވަދެފައިވަނީ މީލާދީން 7 ވަނަ ޤަރުނުގައެވެ. 
މި ހިސާބުގެ ޝަހަރުތަކުގެ ތެރެއިން ބުޚާރާ އާއި ސަމަރްގަންދަކީ މުސްލިމުންގެ ކުރިއެރުން ފާހަގަ ވެގެންދާ ދެ ޝަހަރެވެ. މި ދެ ޝަހަރު ވެސް އޮންނަނީ މިހާރުގެ އުޒްބެކިސްތާނުގައެވެ. ޢީސާއީ މީލާދުގެ 600 ވަރަކަށް އަހަރު ކުރީން ޔަހޫދީންގެ ބަޔަކު ތަޖިކިސްތާން ސަރަޙައްދަށް އައި ކަމަށް ބުނެވެއެވެ. އެހެން ނަމަވެސް މީލާދީން 20 ވަނަ ޤަރުނާ ހަމަޔަށް މިހާރުގެ ޔަހޫދީންގެ ބަޔަކު ތަޖިކިސްތާނަށް ވަދެފައެއް ނުވެއެވެ.
މީލާދީން 19 ވަނަ ޤަރުނުގައި ރޫސީން، މެދުތެރޭ އޭޝިޔާގެ ޤައުމުތަކަށް ވެރިވާން ފެށިއެވެ. މީލާދީން 1864 ވަނަ އަހަރާއި 1885 ވަނަ އަހަރާ ދެމެދު، މިހާރުގެ ތަޖިކިސްތާނު އޮތް ބިން ރޫސީންގެ އަތް ދަށަށް އެއްކޮށް ދިޔައެވެ. 
މިހާރުގެ ތަޖިކިސްތާނު ޤައުމެއްގެ ގޮތުގައި ސިފަ ކުރެވިފައިވަނީ ތަޖިކުންގެ ބޮޑު އާބާދީއެއް ސަރަޙައްދަށް ބަލާފައެވެ.
މީލާދީން 1917 ހިސާބުގައި ދީނާ އިދިކޮޅު ބަޔަކު ނުކުމެ ވަނީ މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީންގެ ތެރެއިން އެތައް ބަޔަކު މަރައި، މިސްކިތްތަކާއި ކަނީސާތަކާއިި ސިނަގޮގްތައް އަންދާލާފައެވެ. 
މީލާދީން 1924 ވަނަ އަހަރު އުޒްބެކިސްތާނުގެ ތެރޭގައި އޮތް ވަކި ޒާތީ ވެރިކަމެއް އޮތް ތަނެއްގެ ގޮތުގައި ތަޖިކް ޖުމްހޫރިއްޔާ ކަނޑައެޅުނެވެ. އެހެން ނަމަވެސް 1929 ގައި ތަޖިކް ޖުމްހޫރިއްޔާއަކީ ވަކި ޖުމްހޫރިއްޔާއެއް ކަމުގައި ކަނޑައެޅުނެވެ.
އެހެން ނަމަވެސް ބުޚާރާ އާއި ސަމަރްގަންދް ފަދަ ތަޖިކުން ގިނަ ޝަހަރުތައް އުޒްބެކިސްތާނުގެ ބައެއްގެ ގޮތުގައި ދެމިއޮތީއެވެ.
ތަޖިކިސްތާން މިނިވަންވެފައިވަނީ 1991 ވަނަ އަހަރުގެ ޑިސެންބަރުން 25 ގައެވެ.

ތަޖިކިސްތާނުގެ އާބާދީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަޖިކް ނަސްލުގެ މީހުންނެވެ. މީގެ އިތުރުން އުޒްބެކުންނާއި ރޫސީން ކޮންމެވެސް ވަރަކަށް ތަޖިކިސްތާނުގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.

ސަގާފަތަށް ބަލާއިރުގައި އީރާނީންނާއި ތަޖިކުންނަކީ އެއް ބައެކެވެ. ތަޖިކިސްތާނުގެ ގިނަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ. 




#Article 324: ހެއިޓީ (354 words)


ރިޕަބްލިކް އޮފް ހެއިޓީއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

ހެއިޓީގެ ރަސްމީ ބަހަކީ ހެއިޓިއަން ކްރިޔޯލް އާއި ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހެއިޓިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕޯރޓް-އައު-ޕްރިންސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 82 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 27751 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ht. އެވެ. ކޯލިން ކޯޑަކީ +509 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގޮއިޑޭ (Gourde) އެވެ.

ހެއިޓީ މިނަން ނެގިފައިވަނީ “އަޔިތީ” މި ނަމުންނެވެ. މިއީ އައިލެންޑް އޮފް އިސްޕެނިޔޯލާގެ ހުޅަނގު ފަޅި ނުވަތަ ފަރުބަދަތައް ހުންނަ ފަޅިއަށް، އަދިވާސީ ޓައިނޯ ބަހުން ކިޔަމުން އައި ނަމެވެ.

ހެއިޓީއަކީ ޑޮމިނިކަން ރިޕަބްލިކާ އެކު އައިލެންޑް އޮފް އިސްޕެނިޔޯލާ ޙިއްޞާ ކުރާ ޤައުމެކެވެ. ހެއިޓީ އޮންނަނީ އިސްޕެނިޔޯލާ އައިލެންޑުގެ ހުޅަނގު ފަޅީގައެވެ.
ހެއިޓީއަކީ ކިޔުބާ އާއި ޑޮމިނިކަން ރިޕަބްލިކް ފިޔަވައި ކެރީބިޔަން ސަރަޙައްދުގައި އޮތް އެންމެ ބޮޑު ރަށެވެ. 

ހެއިޓީއަކީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކް އެކޭ އެއް ގޮތަށް ދަ އައިލެންޑް އޮފް އިސްޕެނިޔޯލާއަށް ނިސްބަތްވާ ޤައުމެއްކަމުން މި ޤައުމަށް ވެސް ޔޫރަޕު މީހުން އައުމުގެ ކުރީގައި ވަޒަންވެރިވެގެން ތިބީ އަރަވާކަން ބަހަކުން ވާހަކަ ދައްކަމުން އައި ޓައިނޯއިންނެވެ.
ޓައިނޯއިންގެ ބަހުން މުޅި މި ރަށަށް ކިޔާ ނަމަކީ ކިސްކޭޔާއެވެ. އައިލެންޑް އޮފް އިސްޕެނިޔޯލާގެ ތިންބައިކުޅަ ދެ ބައި ޙިއްޞާ ކުރަމުންދަނީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކުންނެވެ. އަނެއްބައި ޙިއްޞާ ކުރަމުންދަނީ ހެއިޓީންްނެވެ.
ހެއިޓީގެ އަޞްލު ރަށްވެހީން ކަމުގައިވާ ޓައިނޯއިންގެ ހުނަރުވެރި ކަމުގެ ތެރެއިން މިއަދު ފެންނަން ހުރި ކަންތައްތަކަކީ “ކޭވް ޕެއިންޓިން” ފަދަ ކަންތައްތަކެވެ. 
މިފަދަ ޕެއިންޓިންތައް މިއަދު ވެފައިވަނީ ހެއިޓީގެ ޤައުމީ ސިންބަލްތަކެއް ކަމުގައެވެ. އަދި މި ޕެއިންޓިންތައް ހުރި ތަންތަން ވެފައިވަނީ ފަތުރުވެރީންގެ މެދުގައި މަޤްބޫލު މަންޒިލްތަކަށެވެ.
ކްރިސްޓަފަރ ކޮލަންބަސް މި ފަސްގަނޑުގައި ފައިބީއްސާލައިފައިވަނީ 5 ޑިސެންބަރު 1492 ގައެވެ.
ޔޫރަޕުގެ މީހުން ވަނީ މި ރަށުން ވަރަށް ބައިވަރު ރަން ނަގާފައެވެ. މި ރަށުގެ އަޞްލު ރަށްވެހީން ކަމުގައިވާ ޓައިނޯ ނަސްލުގެ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެގެން ދިޔަ ސަބަބަކީ ކެރީބިޔަން ސަރަޙައްދަށް މުޅީން އައު އިންފެކްޝަސް ބަލިތައް ޔޫރަޕުގެ މީހުންގެ ފުށުން މި ސަރަޙައްދަށް ފާވުމެވެ.
މި ސަރަޙައްދުގައި ތިބި ޔޫރަޕުގެ ގަވަރުނަރުން ވަނީ މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އެފްރިކާއިން އަޅުން ގެނެސް މިތަނުގެ މަސައްކަތްތަކަށް ބޭނުން ކުރަމުންނެވެ.
ހެއިޓީގައި ފުރަތަމަ ފަހަރަށް ހަކުރު އުފެއްދުމަށް ވިންޑްމިލްއެއް ޤާއިމުކުރެވުނީ 1685 ގައެވެ. 
ހެއިޓީ ވަކި ޤައުުމެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 30 އޮކްޓޯބަރު 1697 ގައި ސެއިންޓް ޑޮމިންގޫގެ ގޮތުގައެވެ. 
ހެއިޓީގެ މިނިވަންކަން އިޢުލާން ކުރެވިފައިވަނީ 1 ޖަނަވަރީ 1804 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައިި ހެއިޓީ ބަލައިގެންފައިވަނީ 17 އެޕްރީލް 1825 ގައެވެ.

ހެއިޓީގެ އާބާދީގެ 95% އަކީ ކަޅު މީހުންނެވެ. 5% މީހުންނަކީ މަސްހުނި ނަސްލުތަކުގެ މީހުންނާއި ދޮން މީހުންނެވެ.

ހެއިޓީ އަކީ ވަރަށް ދިގު ތާރީޚެއް އޮތް ޤައުމެއް ކަމުން މި ޤައުމުގެ ސަގާފަތަކީ ވަރަށް މުއްސަނދި ސަގާފަތެއް ކަމުގައި ބެލެވިފައިވެއެވެ. 
ފަރަންސޭސި ސަގާފަތާއި، އެފްރިކާ މީހުންގެ ސަގާފަތާއި ޓައިނޯއިންގެ ސަގާފަތުގެ އިތުރުން އިސްޕޭނު މީހުންގެ ސަގާފަތް މަސްހުނި ވެގެން އުފެދިފައިވާ ސަގާފަތަކީ މިއަދު ހެއިޓީގެ ސަގާފަތެވެ.




#Article 325: އެލްސެލްވަޑޯރު (368 words)


އެލްސެލްވަޑޯރ އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުުމެކެވެ. 

އެލްސެލްވަޑޯރގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެލްވަޑޯރަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސެން ސެލްވަޑޯރއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 106 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 21040 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sv. އެވެ. ކޯލިން ކޯޑަކީ +503 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އެމެރިކާ ޑޮލަރެވެ.

އެލްސެލްވަޑޯރ ގެ އިރުއުތުރުގައި އޮތީ ހޮންޑިޔުރަސްްއެވެ. ހުޅަނގުއުތުރުގައި އޮތީ ގުއަޓެމާލާއެވެ. 

ސްޕޭނު މީހުން އެލްސެލްވަޑޯރ އަށް ވެރިވެގަތުމުގެ ކުރީގައި އެ ޤައުމުގައި ނުވަތަ އެ ސަަރަޙައްދުގައި ދިރިއުޅުނު މީހުން އެ މީހުންގެ ޤައުމަށް ކިޔަމުން އައި ނަމަކީ “ސުޒްކަޓަލާން” އެވެ. މީގެ މާނައަކީ “އަގުހުރި ތަކެތި ހުރި ބިން” މިއެވެ.
މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުގައި ސްޕޭނުގެ މީހުން އައިސް އެމީހުންގެ ވެރިކަން މުޅި ސަރަޙައްދުގައި ހިންގަންފެށިއެވެ. އެމީހުން މި ސަރަޙައްދަށް ދިން ނަމަކީ “ޕްރޮވިންސިއާ ދެ ނުއެސް^ްރޯ ސެޏޯރް ޖީސަސް ކްރިސްތޯ އެލްސެލްވަދޯރް ދެލް މުންދޯ” މިނަމެވެ. މީގެ މާނައަކީ “ދުނިޔެ ރައްކައުތެރިކުރެއްވި އަހަރުމެންގެ ވެރިޔާ އީސަލް މަސީޙްގެ ބިން” މިއެވެ.
މި ނަން ފަހުން ކުރުކުރެވި ބޭނުން ކުރެވެން ފެށީ އެލްސެލްވަޑޯރ ގެ ގޮތުގައެވެ. 
މީލާދީން 1524 ވަނަ އަހަރުގައި ޕެދްރޯ ދި އަލްވަރާދޯ ގުއަޓެމާލާއިން މި ސަރަޙައްދަށް ބަޔަކު ފޮނުވިއެވެ. އެހެން ނަމަވެސް މީލާދީން 1526 ވަނަ އަހަރުގައި ޕިޕިލް މީހުން، އެމީހުން ފައްސާލިއެވެ.
މީލާދީން 1528 ވަނަ އަހަރުގައި ޕެދްރޯ ދެވަނަ ބަޔަކު ފޮނުވިއެވެ. މި މީހުން އެ ސަރަޙައްދުގައި ފައި ހަރުކޮށްލުމުގައި ކާމިޔާބީ ހޯދިއެވެ. 
އެމެރިކާ ބައްރުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މީލާދީން 19 ވަނަ ޤަރުނުގެ ތެރޭގައި އެލްސެލްވަޑޯރ ވެސް ސްޕެއިނުގެ އަތްދަށުން މިނިވަންވުމުގެ މަސައްކަތް ފެށިއެވެ. 
ނަތީޖާއެއްގެ ގޮތުން 15 ސެޕްޓެންބަރު 1821 ގައި އެލްސެލްވަޑޯރ އަށް ސްޕެއިނުގެ ކިބައިން މިނިވަންކަން ލިބުނެވެ. އެހެން ނަމަވެސް އޭގެ ފަހުން ފަސްޓް މެކްސިކަން އެމްޕަޔަރގައި އެލްސެލްވަޑޯރ ބައިވެރިވިއެވެ. ފަސްޓް މެކްސިކަން އެމްޕަޔަރގެ ކިބައިން މިނިވަންވީ 1823 ގައެވެ. 
ދެން އޭގެ ފަހުން އެލްސެލްވަޑޯރ ވީ ސެންޓްރަލް އެމެރިކަން ފެޑެރޭޝަނުގެ ބައެއް ކަމުގައެވެ. މި ފެޑެރޭޝަނުން ނެއްޓި މުޅީން މިނިވަން ޤައުމެއް ކަމުގައި އެލްސެލްވަޑޯރ ވީ މީލާދީން 1842 ވަނަ އަހަރުގައެވެ.

އެލްސެލްވަޑޯރގެ އާބާދީގެ 90% މީހުންނަކީ މެސްޓިޒޯއިންނެވެ. 9% މީހުންނަކީ ދޮން މީހުންނެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ސްޕެނިޝް މީހުންނާއި އިޓާލިޔަން މީހުންނާއި ފަރަންސޭސީންނާއި ސުވިސް މީހުންގެ އިތުރުން އެހެން ވެސް ޔޫރަޕުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އާބާދީގެ 1% އަކީ އެމެރިންޑިޔަނުންނެވެ. މިއީ ޕިޕިލް އަދި ލެންސާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ.
އެލްސެލްވަޑޯރގެ އަދިވާސީން ކަމުގައިވާ އެމެރިންޑިޔަނުންގެ ތެރެއިން މިއަދު އެމީހުންގެ ސަގާފީ ކަންތައްތަކަށް އިސްކަން ދެނީ ވަރަށް މަދު ބައެކެވެ. 

އެލްސެލްވަޑޯރގެ ސަގާފަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ތަނަކީ ކެތަލިކް ޗާރޗެވެ. ކުރެހުމާއި ކުރިކީލަ އާއި ފޮތީގެ މަސައްކަތަކީ އެލްސެލްވަޑޯރ މީހުންގެ އުފެއްދުންތެރިކަމާއި ސަގާފަތު ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަކެއްޗެވެ.

އެލްސެލްވަޑޯރ އިން ވަނީ އެ ޤައުމުގެ ފައިސާގެ ގޮތުގައި ބޭނުންކުރަމުން އައި ކޮލޯން އުވާލުމަށް ފަހުގައި 2001 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ރަސްމީ ފައިސާއަކީ އެމެރިކާ ޑޮލަރު ކަމުގައި ކަނޑައަޅާފައެވެ. 
މި ފިޔަވަޅުގެ ސަބަބުން އެލްސެލްވަޑޯރ ގެ އިޤްތިޞާދަށް ރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމުގައި މުޙައްލިލުން ވިދާޅުވެއެވެ. 




#Article 326: ސޯމާލިއާ (384 words)


ސޯމާލިޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ސޯމާލިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހާއި ސޯމާލީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސޯމާލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މޮގަދިޝޫއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މި ޤައުމުގައި މި ވަގުތު އޮތީ ކޯލިޝަން ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 89 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 637661 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ so. އެވެ. ކޯލިން ކޯޑަކީ +252 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޯމާލީ ޝިލިންގެވެ.

ސޯމާލިޔާއަށް އެ ޤައުމުގެ ރަސްމީ ދެބަހުގެ ތެރެއިން ސޯމާލީ ބަހުން ކިޔާ ނަމަކީ ސޫމާލިޔާއެވެ. ޢަރަބި ބަހުން ކިޔަނީ އައްޞޫމާލްއެވެ. ރަސްމީ ނަމެއްގެ ގޮތުގައި ބޭނުންކުރެވެނީ ރިޕަބްލިކް އޮފް ސޯމާލިޔާއެވެ. ކުރިން މި ޤައުމަށް ކިޔާފައިވާ ނަމަކީ ސޯމާލީ ޑިމޮކްރެޓިކް ރިޕަބްލިކެވެ.

ސޯމާލިޔާގެ ހުޅަނގު އުތުރުގައި އޮތީ ޖިބުތީއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެންޔާއެވެ. އުތުރުގައި އޮތީ ޚަލީޖު ޢަދަނާއި ޔަމަންއެވެ. އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. ހުޅަނގުގައި އޮތީ އިތިޔޯޕިޔާ (ޙަބުޝްކަރަ ނުވަތަ ޙަބަޝާ) އެވެ.

ޤަދީމީ ޒަމާނުގައި ސޯމާލިޔާ ވެފައިވަނީ ވިޔަފާރީގެ މުހިއްމު މަރުކަޒަކަށެވެ. ތާރީޚުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޕުންތު ރަސްކަން ޤާއިމުވެފައި އޮތީ ވެސް ސޯމާލިޔާ ސަރަޙައްދުގައެވެ.
ޕުންތީތުންނަކީ މިޞްރުގެ ވެރިކަމުގައި ތިބި ފިރުޢައުނުންނާ ވަރަށް ގާތް ގުޅުމެއް ބެހެއްޓި ބައެކެވެ. މި ގޮތުން ފިރުޢައުނު ސަހޫރާ އާއި ރާނީ ހަތްޝެޕްސޫތާ ވަރަށް ގާތް ގުޅުމެއް މި މީހުން ބަހައްޓާފައިވާކަން ތާރީޚުން އެނގެއެވެ. ސޯމާލިޔާގެ ކުރިމަތީގައި އޮތް ރަތް ކަނޑުުގެ އަނެއް ފަރާތުގައި އިސްލާންދީން ފެތުރެން ފެށުން ވެގެން ދިޔައީ ސޯމާލީންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައި ކަމެއް ކަމުގައެވެ. މީގެ ސަބަބުން ސޯމާލިޔާގެ ޤަދީމީ ޝަހަރުތައް ކަމުގައިވާ، މޮގަދިޝޫ އާއި ބަރްބަރާ އާއި ޒީލާ އާއި ބަރާވާ އާއި މަރްކާ ފަދަ ތަންތަނަށް އިސްލާމްދީން ފެތުރިގެން ދިޔައެވެ. އަދި މި ޝަހަރުތަކަކީ މުސްލިމުންގެ ޝަހަރުތަކެއް ކަމުގައި ވެގެން ދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން އެފްރިކާގެ ޤައުމުތައް ކޮލޯނައިޒް ކުރަމުން ދިޔަ ކަމުގައި ވިޔަސް އެއް އިރެއްގައި ވެސް ރަސްމީ ގޮތުން ސޯމާލިޔާ ކޮލޯނައިޒް ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ނުފޫޒެއް އިޓާލީން އަދި އިނގިރޭސީން ފޯރުވަމުން ދިޔައެވެ. ސޯމާލިޔާގައި މީހުން ވަޒަންވެރިވެ އުޅެންފެށި ޒަމާނަށް ބަލާލާއިރުގައި، ސޯމާލިޔާއަކީ ވަރަށް ކުރީއްސުރެ މީހުން ވަޒަންވެރިވެފައިވާ ޤައުމެއްކަން ސާބިތުވެއެވެ.
ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ކޮށްފައިވާ ކޭވް ޕެއިންޓިންތަކެއް އުތުރު ސޯމާލިޔާއިން ފެނިފައިވެއެވެ. މިއީ ވެސް ސޯމާލިޔާގައި ވަރަށް ކުރީއްސުރެ މީހުން ވަޒަންވެރިވެފައިވާކަން ދައްކައިދޭ ހެތްކެކެވެ.
ޢީސާއީ މީލާދުގެ 4000 އަހަރު ކުރީން ވެސް ސޯމާލިޔާގައި މީހުން ވަޅުލާފައިވާ ޤަބުރުސްތާންތައް ހުރިކަން ސާބިތުވެއެވެ.
މިއަދު ސޯމާލިޔާ މަޝްހޫރުވެފައިވަނީ އެތަނުގެ ކަނޑުފޭރޭ މީހުންގެ ސަބަބުންނެވެ. ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ސަބަބުން އެ ސަރަޙައްދުން ދަތުރު ކުރަމުންދާ ވަރަށް ގިނަ އުޅަނދުތަކަށް އެތައް ދައްޗަކާ ދަނީ ކުރިމަތިލާން ޖެހެމުންނެވެ. ކުރީ ޒަމާނަށް ބަލާއިރުގައި އިންޑިޔާގެ ސޫރަތުގެ ވިޔަފާރިވެރީންނާއި ދެކުނު އެފްރިކާގެ ވިޔަފާރިވެރީންވަނީ ޕޯޗުގީޒުންނާއި ޢުމާނީންގެ އުނދަގޫތަކުން ސަލާމަތްވެ ރައްކާާތެރި ކަމާއެކު ދަތުރުކުރުމުގެ ގޮތުން ސޯމާލީ ކަރައިގެ ބަރާވާގެ ބަނދަރު ބޭނުންކޮށްފައެވެ.

ސޯމާލިޔާގެ އާބާދީގެ 85% މީހުންނަކީ ނަސްލުގެ ގޮތުން ބަލާއިރުގައި ސޯމާލީ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. ޤައުމުގެ އާބާދީގެ 34% މީހުން ދިރިއުޅެމުން ގެންދަނީ ގަރިޔާތަކާއި ޝަހަރުތަކުގައެވެ.

ސަގާފަތުގެ ގޮތުން ބަލާއިރު ސޯމާލިޔާ އަކީ ޢަރަބި ސަގާފަތާއި އެފްރިކާ ބައްރުގެ ސަގާފަތް ބައްދަލުވާ ނުގުތާގައި އޮތް ޤައުމެއްކަމުން ސޯމާލިޔާގެ ސަގާފަތުން އެކަމުގެ އަސަރު ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރު ސޯމާލިޔާގެ އިޤްތިޞާދަކީ އެހައި ރަނގަޅު އިޤްތިޞާދެކޭ ދެންނެވޭކަށް ނެތެވެ.




#Article 327: ބަލްގޭރިއާ (331 words)


ބަލްގޭރިޔާއަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ބަލްގޭރިޔާގެ ރަސްމީ ބަހަކީ ބަލްގޭރިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބަލްގޭރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސޯފިޔާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 95 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 110993.6 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bg. އެވެ. ކޯލިން ކޯޑަކީ +359 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެވްއެވެ.

ބަލްގޭރިޔާއަށް ރަސްމީކޮށް ކިޔާ ނަމަކީ ރިޕަބްލިކް އޮފް ބަލްގޭރިޔާއެވެ.

ބަލްގޭރިޔާގެ އުތުރުގައި އޮތީ ރުމޭނިޔާއެވެ. ހުޅަނގުގައި އޮތީ ސާބިޔާ އާއި ރިޕަބްލިކް އޮފް މެސެޑޯނިޔާއެވެ. ދެކުނުގައި އޮތީ ޔޫނާނާއި ތުރުކީއެވެ. އިރުމަތީގައި އޮތީ ކަޅު ކަނޑެވެ.

ބަލްގޭރިޔާގެ ތާރީޚަށް ބަލާއިރުގައި ޢީސާއީ މީލާދުގެ 6 ނުވަތަ 3 ސާސްކަފު ކުރީގެ ސަގާފަތްތަކުގެ އާސާރުތައް ފެންނަން އެބަހުއްޓެވެ.
ޢީސާއީ މީލާދުގެ ކުރިން 500 ވަނަ އަހަރާ ހިސާބުގައި މި ސަރަޙައްދުގައި ވަކިވަކީން އުޅުނު ޤަބީލާތައް ވަނީ ރަސްގެފާނު ތެރެސްގެ ވެރިކަމުގައި އެއްބައިވަންތަ ކުރެވިފައެވެ. 
ޢީސާއީ މީލާދުގެ 188 އަހަރު ކުރީން ރޫމީން މި ސަރަޙައްދަށް ޙަމަލާދިނެވެ. އަދި މި ގޮތުން މި ދެމެދުގައި ކުރެވުނު ހަނގުރާމަތައް މީލާދުގެ 45 ވަނަ އަހަރާ ޖެހެންދެން ދެމިގެން ދިޔައެވެ. މީލާދީން 4 ވަނަ ޤަރުނު އައި އިރު މި ސަރަޙައްދުގެ މީހުން ފާހަގަވެފައި އޮތީ ކުރީގެ ޤަދީމީ ޕެގަން އާދަތައް ކޮންމެވެސް ވަރަކަށް ދަމަހައްޓަމުން އައި ރޫމީންގެ ގޮތުގައެވެ.
މީލާދީން 632 ހާ ތާނގައި މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބަލްގާރުންގެ ބަޔަކު ޚާން ކުބްރަ^ްގެ ޒަޢާމަތުގެ ދަށުގައި ގްރޭޓް ބަލްގޭރިޔާގެ ގޮތުގައި މިނިވަން ދައުލަތެއް ޤާއިމުކުރިއެވެ. މީލާދީން 680 ވަނަ އަހަރުން 893 ވަނަ އަހަރަށް ދެމިގެން ދިޔަ ބަލްގޭރިޔަން އެމްޕަޔަރގެ ވެރިރަށަކީ ލިސްކާއެވެ.
މީލާދީން 864 ގައި ބޮރިސް 1 ދަ ބެޕްޓިސްޓް ގެ ޤިޔާދަތުގެ ދަށުގައި ބަލްގޭރިޔާގެ މީހުން ވަނީ އީސްޓަން އޮތޮޑޮކްސް ކްރިސްޓިޔަނިޓީ ޤަބޫލުކޮށްފައެވެ.
ބަލްގޭރިޔާގެ ތާރީޚަށް ބަލާއިރު އެ ޤައުމުގެ މީހުންނަކީ ވަރަށް ވެސް ހަނގުރާމަވެރި ޤައުމެކެވެ. އަދި ވަރަށް ގިނަ ހަނގުރާމަތަކެއް ގައި އެމީހުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
މީލާދީން 1393 ވަނަ އަހަރު ތުރުކީގައި އޮތް އުސްމާނީ ދައުލަތުން ވަނީ ބަލްގޭރިޔާގެ ދެވަނަ އެމްޕަޔަރގެ ވެރިރަށް ކަމުގައިވާ ތަރްނޯވޯ ހިފާފައެވެ.

އުސްމާނީންގެ ދަށުގައި އޮވެގެން އަމިއްލަ ވެރިކަމެެއް ކުރުމުގެ ފުރުޞަތު ބަލްގޭރިޔާއަށް ލިބިގެން ދިޔައީ 3 މާރިޗު 1878 ގައެވެ. ބަލްގޭރިޔާގެ ސަރަޙައްދުތައް އެއްބައިވެފައިވަނީ 6 ސެޕްޓެންބަރު 1885 ގައެވެ. އުސްމާނީންގެ ކިބައިން ބަލްގޭރިޔާއަށް މިނިވަންކަން ލިބިފައިވަނީ 22 ސެޕްޓެންބަރު 1908 ގައެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި ޤަބޫލުކުރެވެން ފެށީ 06 އެޕްރީލު 1909 އަކުން ފެށިގެންނެވެ.

ބަލްގޭރިޔާގެ އާބާދީގެ 85% އަކީ ބަލްގޭރިޔަނުންނެވެ. 9.4% އަކީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. 4.7% އަކީ ރޯމާ ޖިޕްސީންނެވެ. 0.9% އަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.

ސަގާފަތަށް ބަލާއިރުގައި ބަލްގޭރިޔާއަކީ އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމުގައި އޮތް ޤައުމެއް ކަމަށް ވެފައި ބަލްކަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެއް ކަމުން ނުހުރެ ނުދާނޭ ސިފަތަކެއް ބަލްގޭރިޔާގެ ސަގާފަތުން ފެނެއެވެ.




#Article 328: ބުރުންޑީ (262 words)


ބުރުންޑީއަކީ އިރުމަތީ އަދި މެދުތެރޭ އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. 

ބުރުންޑީގެ ރަސްމީ ބަހަކީ ކިރުންޑީ ބަހާއި ފަރަންސޭސި ބަހެވެ. މީގެ އިތުރުން ސަވާހިލީ ބަސް ވެސް އެކި ކަންކަމުގައި ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބުރުންޑިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުޖުމްބުރާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
ބުރުންޑީއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 93 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 27830 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bi. އެވެ. ކޯލިން ކޯޑަކީ +257 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބުރުންޑީ ފްރޭންކެވެ.

ބުރުންޑީގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ބުރުންޑީއެވެ.

ބުރުންޑީގެ އުތުރުގައި އޮތީ ރުވާންޑާއެވެ. ދެކުނާއި އިރުމަތީގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. 

ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނު މީހުން ބަލިވުމުން އެފްރިކާގައި ބައްރުގެ ޤައުމުތަކުގެ ތެރެއިން ޖަރުމަނުގެ ބާރުގެ ދަށުގައި ހުރި ތަންތަން ނުވަތަ ޖަރމަން އީސްޓް އެފްރިކާ ބެލްޖިއަމްއާ ޙަވާލުކުރެވުނެވެ.

އެހެން ނަމަވެސް ބެލްޖިއަމްގެ މީހުން ވަނީ މިތަނުގެ އެެވޭލާ ރަސްކަން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ދިނެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުގައި ރުއާންޑާ-އުރުންޑީ އޮތީ ބެލްޖިއަމްއިން އިދާރީ ގޮތުން ހިންގާ، އެހެން ނަމަވެސް އ.ދ ގެ ޓްރަސްޓް ޓެރިޓަރީއެއްގެ ގޮތުގައެވެ.
ބުރުންޑީ މިނިވަންވުމަށް ފަހުގައި އެ ޤައުމުގައި ހިނގައި ދިޔަ ދާޚިލީ ހަނގުރާމައަށް ފަހުގައި މިހާރު ވަނީ އެ ޤައުމު އާރާސްތު ކުރުމުގެ ދައުރެއް އައިސްފައެވެ.
އ.ދ އިން ވަނީ އެ ޤައުމުގައި އެ ޖަމާޢަތުން ޞުލްޙަ ބަލަހައްޓަން ކުރިޔަށް ގެންދިޔަ މަޝްރޫޢު ހުއްޓާލުމަށް ފަހުގައި، ބުރުންޑީ އާރާސްތުކުރުމުގެ މަސައްކަތް ފަށާފައެވެ.
ބެލްޖިއަމްގެ އަތްދަށުން ބުރުންޑީ މިނިވަންވެފައިވަނީ ޖުލައި 1، 1962 ގައެވެ.

ބުރުންޑީގެ އާބާދީއަށް އެންމެ ބޮޑު އަސަރެއް ފޯރުވާ އެކައްޗަކީ އެއިޑްސް ބައްޔެވެ. އެއިޑްސް ބަލީގެ ސަބަބުން އަހަރަކު އެތައް ބަޔަކު ބުރުންޑީގައި މަރުވަމުންދެއެވެ.

ބުރުންޑީގެ އާބާދީގެ 70% މީހުންނަކީ ކިރިސްތިޔަނުންނެވެ. މީގެ ތެރޭގައި ހިމެނެނީ 65% ކެތަލިކުންނާއި 5% ޕްރޮޓެސްޓުންނެވެ.
މުސްލިމުންގެ ނިސްބަތަކީ 10% އެވެ. އަދިވާސީ ދީންތަކަށް ތަބާވާ މީހުންގެ ޖުމްލައަކީ 20% އެވެ.

ބުރުންޑީގެ ސަގާފަތަށް ބަލާއިރުގައި، ބުރުންޑީގެ ސަގާފަތު ބިނާވެފައިވަނީ އެ ޤައުމުގެ އަދިވާސީ އާދަކާދަތަކާއި އަވަށްޓެރި ޤައުމުތަކުގެ ސަގާފަތްތަކުގެ މައްޗަށެވެ.
އަތްތެރި މަސައްކަތަކީ ބުރުންޑީގެ ސަގާފަތުގައި ހިމެނޭ މުހިއްމު ބައެކެވެ. ބުރުންޑީއަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ބޯދާ މުއްސަނދި ސަަގާފަތެއް އޮތް ތަނެކެވެ.




#Article 329: ގީނިއާ (365 words)


ރިޕަބްލިކް އޮފް ގިނީ އަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ގިނީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގީނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޮނަކްރީއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ.
މި ޤައުމުގައި މި ވަގުތު ހިނގަމުންދަނީ މިލިޓަރީ ޖަންތާ ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 81 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 0.24 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gn. އެވެ. ކޯލިން ކޯޑަކީ +224 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގީނިއަން ފްރޭންކެވެ.

ރިޕަބްލިކް އޮފް ގިނީއަށް ކުރީން ކިޔަނީ ފަރަންސޭސި ގިނީއެވެ. މިހާރު ބައެއް ފަހަރު މި ޤައުމަށް ގިނީ-ކޮނަކްރީއޭ ވެސް ކިޔައެވެ. އެއީ އަވަށްޓެރި ގިނީ ބިސާއުއާ ނަމުގެ ގޮތުން ފަރަގު ކުރުމުގެ ގޮތުންނެވެ.

ގިިނީ ނުވަތަ ގިނީ-ކޮނަކްރީގެ އުތުރުގައި ވަނީ ގިނީ-ބިސާއު އާއި ސެނެގާލާއި މާލީއެވެ. ދެކުނުގައި ވަނީ ސިއެރަލިޔޯން އާއި ލައިބީރިޔާ އާއި އައިވަރީ ކޯސްޓެވެ. ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑެވެ.

ފަރަންސޭސި ވިލާތުން 1890 ވަނަ އަހަރު ގިނީ އިސްތިޢުމާރުކޮށްފުމާ ހަމަޔަށް ގިނީ އޮތީ ސިލްސިލާ ވެރިކަމެއް ހިނގަމުން އައި ތަނެއްގެ ގޮތުގައެވެ.
ފަރަންސޭސިވިލާތުން ގިނީ ހިމަނާފައި އޮތީ ފްރެންޗް ވެސްޓް އެފްރިކާގެ ބައެއްގެ ގޮތުގައެވެ. ގިނީއަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 2 އޮކްޓޯބަރު 1958 ގައެވެ. 
ގިނީއަށް މިނިވަންކަން ލިބުނީއްސުރެ، ޚުދުމުޚްތާރު ވެރިން ވެރިކަން ކުރަމުން ގެންދިއުމުގެ ސަބަބުން ގިނީ ވެފައިވަނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށެވެ. 
ގިނީގެ މިނިވަންކަމަށް ފަހު އެ ޤައުމުގެ ރައީސްކަމުގެ މަޤާމަށް އިސްވެ ވަޑައިގަތް އަޙްމަދު ސޭކޯ ތޯރޭ ވަނީ ގަދަ ބާރުން އެ ޤައުމުގެ ވެރިކަމުގައި 1984 ވަނަ އަހަރާ ހަމަޔަށް ހުންނަވާފައެވެ. ދެން ގެނެވުނު އިންޤިލާބަކަށް ފަހު ވެރިކަމަށް ވަޑައިގަތީ ލަންސާނާ ކޮންތޭއެވެ. 
ލަންސާނާ ކޮންތޭ ވަނީ 2008 ވަނަ އަހަރާ ހަމަޔަށް ވެރިކަމުގައި ހުންނަވާފައެވެ. 
ޑިސެންބަރު 23، 2008 މޫސާ ދާދިސް ކަމާރާ ވަނީ ޖަންތާގެ ވެރިއެއްގެ ގޮތުން ގިނީގެ ވެރިކަމަށް ވެރިވެގަނެފައެވެ. 
ސެޕްޓެންބަރު 28، 2009 ގައި ޢަސްކަރީ ޖަންތާއިން ވަނީ ކަމާރާ، އެ ޤައުމުގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އަޅާ ބަޔަކު އުޅޭ ނަމަ އެ ބަޔަކަށް ޙަމަލާ ދިނުމަށް ޖަންތާގެ ސިފައިންނަށް އަންގާފައެވެ.
މި އެންގުމުގެ ނަތީޖާއެއްގެ ގޮތުން ސިފައިންވަނީ ރޭޕްކުރުމާއި މީހުން މެރުން ފަދަ އެތައް ޙަރަކާތެއް ހިންގާފައެވެ.
ޑިސެންބަރު 3، 2009 ގައި ކަމާރާގެ ގަޔަށް ވަނީ ބަޑި ޖަހާފައެވެ. ފަރުވާ ހޯދުމުގެ ގޮތުން އޭނާ ގެންދެވުނީ މަޣުރިބަށެވެ. 
މިހާރު ސަރުކާރު ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުރި ޖީން-މާރީ ޑޯރޭއެވެ. 
އެ މަޤާމަށް އޭނާ އިސްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. ޖީން-މާރީ ޑޯރޭ އިސްކޮށްފައިވަނީ ހަ މަސް ދުވަހުގެ އިންތިޤާލީ ދައުރަކަށެވެ.
މި ހަ މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގައި އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

ގިނީއަކީ ސައުވީސް ވަރަކަށް ނަސްލުގެ މީހުންގެ ގޮވައްޗެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފުލާ، މަންދިކާ އަދި ސުސޫ ނަސްލުގެ މީހުންނެވެ. އެފްރިކާއަށް ނިސްބަތް ނުވާ 10000 އެއްހައި މީހުން ގިނީގެ ރައްޔިތުންގެ ގޮތުގައި އެބަތިއްބެވެ. އެއީ ލުބުނާނީންނާއި، ފަރަންސޭސީންގެ އިތުރުން ޔޫރަޕުގެ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގިނީގައި ވެސް މިއުޒިކުގެ ވަރަށް މުއްސަނދި ސަގާފަތެއް އޮވެއެވެ. 




#Article 330: ބެނީން (382 words)


ބެނީންއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ބެނީންގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބެނިނީޒް ނުވަތަ ބެނިނޮއިޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޮންޓޮނޫއެވެ. މި ޤައުމުގެ ވެރިރަށަކީ ޕޮރްތޮނޯވޯއެވެ. 
މިއީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 90 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 112622 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bj. އެވެ. ކޯލިން ކޯޑަކީ +229 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

ކޮލޯނިއަލް ދުވަސްވަރާއި އަދި މިނިވަންވި އިރުގައި ވެސް މި ޤައުމުގެ ނަމަކަށް ކިޔާފައިވަނީ ދަހޯމޭ އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު އެ ޤައުމުގެ ނަމަކީ ބެނީން ކަމުގައި ހަމަޖެހިގެންދިޔައެވެ. ބެނީން އާއި ނައިޖީރީއާގައި އޮންނަ ބެނީން ޝަހަރާ ދެތަނަކީ އެއްވެސް ގުޅުމެއް އޮތް ދެ ތަނެއް ނޫނެވެ. އަދި ބެނީން ބްރޯންޒަސްއާ ވެސް މި ބެނީންއަކާ ގުޅުމެއް ނެތެވެ.

ބެނީންގެ ހުޅަނގުގައި އޮތީ ޓޯގޯއެވެ. އިރުމަތީގައި އޮތީ ނައިޖީރިއާއެވެ. އުތުރުގައި އޮތީ ބުރުކީނާ ފާސޯ އާއި ނީޖަރެވެ. 

އަބޮމޭ ޕްލެއިންގައި ދިރިއުޅުނު ތަފާތު ނަސްލުތަކުގެ މީހުން ގުޅިގެން ދަހޯމޭގެ ރަސްކަން ޤާއިމުކުރިއެވެ. 
ތާރީޚުގެ ޢިލްމުވެރީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި މިއަދުގެ އަބޮމޭ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަކޮށްފައިވަނީ އަޅުންގެ ވިޔަފާރި ފަދަ ކަންކަމުގެ ސަބަބުން ސަލާމަތަށް ނުރައްކާވީ ބަޔަކުގެ ސަބަބުންނެވެ.
ދަހޯމޭ ރަސްކަމުގެ ފުރަތަމަ ވެރިޔަކީ ގަންގްނީހެސޫ ނަމަކަށް ކިޔާ ބޭފުޅެކެވެ. މިއީ އަޖާ ޚާންދާނަކަށް ނިސްބަތްވާ ބޭފުޅެކެވެ.
ދަހޯމޭ މީހުންގެ ތެރޭގައި އޮތީ ޢަސްކަރީ ސަގާފަތެކެވެ. އެއީ އެމީހުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުންނާއި އަދި އެމީހުންގެ އިން ފުޅާކުރުމުގެ ގޮތުންނެވެ. 
އޭރު ދަހޯމޭގެ ވެރިރަށެއްގެ ގޮތުގައި އޮތީ އަބޮމޭއެވެ.
ދަހޯމޭ ކިންގްޑަމް ބޮޑަށް މަޝްހޫރުވެފައިވަނީ އެ މީހުންގެ ސަގާފަތާއި އާދަކާދައަށްޓަކައެވެ. ކުޑަ ފިރިހެން ކުދީން ތިބެނީ ޢުމުރުން ދުވަސްވެފައި ތިބޭ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އެމީހުން އެ ކުދީންނަށް ޢަސްކަރީ ސަގާފަތާއި އާދަކާދަ ދަސްކޮށްދެއެވެ.
މި ކުދީން ސިފައިންގެ ތެރެއަށް ވަންނަ ޢުމުރު އަންނަން ދެން ތިބެނީ މި ގޮތުގައެވެ.
ދަހޯމޭގައި ވަރަށް ވަރުގަދަ އަންހެން ލަޝްކަރެއް ވެސް އޮތެވެ. މި ލަޝްކަރަށް ކިޔާ ނަމަކީ “އަހޯސީ” އެވެ. މީގެ މާނައަކީ އަހަރެމެންގެ މައިންނެވެ.
ފުރަތަމަ ކޮޅުގައި ދަހޯމޭގެ ލީޑަރުން އަޅުންގެ ވިޔަފާރިއާ ދެކޮޅު ހެއްދެވި ކަމުގައި ވިޔަސް ގާތްގަނޑަކަށް 300 އަހަރު ވަންދެން ދަހޯމޭގައި އަޅުންގެ ވިޔަފާރި ކުރިޔަށް ދިޔައެވެ.
ޕޯޗުގީޒުގެ ވިޔަފާރި ވެރީން 1472 ގައި، މި ހިސާބުގައި އަޅުންގެ ވިޔަފާރި ފެށިއެވެ. ބައެއް އަހަރު އަހަރު 20000 އަށް ވުރެ ގިނަ އަަޅުންގެ ވިޔަފާރި ވެސް މި ސަރަޙައްދުގައި ކުރެވިފައިވެއެވެ.

ބެނީންގެ އާބާދީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުން ގެންދަނީ އެ ޤައުމުގެ ދެކުނުގައެވެ. ބެނީންގެ އާބާދީއަކީ ޒުވާން އާބާދީއެކެވެ. 
ބެނީންގެ މީހުންގެ އެވަރެޖު ޢުމުރަކީ 59 އަހަރެވެ. އެފްރިކާގެ ތަފާތު 42 ނަސްލެއްގެ މީހުން މި ޤައުމުގައި އުޅެއެވެ.
ބެނީންގެ އާބާދީއަށް ބަލާއިރުގައި އެ ދައުލަތުގެ ގިނަ ރައްޔިތުންނަކީ ކިރިސްތިޔަނުންނެވެ. މީގެ އިތުރުން އަދިވާސީ ދީންތައް ކަމުގައިވާ އެނިމިސްޓް ދީންތަކަށް ތަބަޢަވާ މީހުން ވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ.

ބެނީންއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. އަވަށްޓެރި އެހެން ދައުލަތްތަކެކޭ އެއްފަދައިން ބެނީންއަކީ ވެސް މިއުޒިކުގައި ވަރަށް މަތީ މަޤާމެއް ޙާޞިލުކޮށްފައިވާ ޤައުމެކެވެ.

ބެނީންގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ބައިނަލް އަޤްވާމީ ފަޤީރުކަމުގެ ރޮނގު ކަމުގައިވާ 1.25 ޑޮލަރު ނުލިބޭ މީހުންގެ ގިންތީގައެވެ. ބެނީންގައި އިޤްތިޞާދީ ގޮތުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކަށް ކުރަނީ ކޮޓަނުގެ ވިޔަފާރިއެވެ.




#Article 331: އަޒަރުބައިޖާން (363 words)


އަޒަރުބައިޖާނަކީ ހުޅަނގު އޭޝިޔާގެ ކޯކަސް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. 

އަޒަރުބައިޖާންގެ ރަސްމީ ބަހަކީ އަޒަރުބައިޖާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އަޒަރުބައިޖާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަކޫއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
އަޒަރުބައިޖާނަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 91 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 86600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ az. އެވެ. ކޯލިން ކޯޑަކީ +994 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަނާތެވެ.

އަޒަރުބައިޖާންގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް އަޒަރުބައިޖާންއެވެ. “އަޒަރުބައިޖާން” މި ނަން ނެގިފައިވަނީ “އާދުރުބާދަގާން” މި ބަހުން ކަމަށް ބެލެވިފައިވެއެވެ. މި ބަހުގެ އަނެއް ގޮތަކީ އައްތްރޮޕަތޭން އެވެ. މި ބަހުގެ މާނައަކީ “މާތްވެގެންވާ އަލިފާނުގެ ރައްކައުތެރިކަން ލިބިގެންވާ” ތަނެވެ.
ޖުޣުރާފީ
އަޒަރުބައިޖާން އޮތީ ހުޅަނގު އޭޝިޔާ އާއި އިރުމަތީ ޔޫރަޕު ބައްދަލުވާ އަނގޮޅީގައެވެ. އަޒަރުބައިޖާންގެ އިރުމަތީގައި އޮތީ ކަސްބީ ކަނޑެވެ. އުތުރުގައި އޮތީ ރަޝިޔާއެވެ. ހުޅަނގު އުތުރުގައި އޮތީ ޖޯޖިޔާއެވެ. ހުޅަނގުގައި އޮތީ އަރްމީނިޔާއެވެ. ދެކުނުގައި އޮތީ އީރާނެވެ. ތުރުކީއާ ވެސް ބޯޑަރުގެ ގޮތުން ގުޅިފައިވެއެވެ. 
ތާރީޚު
އަޒަރުބައިޖާންގެ ގޯބުސްތާނުގައި ހުރި ކުރެހުންތަކަކީ މީލާދުގެ 10 ސާސްކަފު ކުރީގެ އެއްޗެހި ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން އަޒަރުބައިޖާނުގައި އިންސާނުން އާބާދުވެފައިވަނީ ވަރަށް ކުރީންކަމަށް ބެލެވެއެވެ.
އަޒަރުބައިޖާނަށް ޒަރްދަޝްތީން ގޮސްފައިވާކަމަށް ބެލެވިފައިވަނީ މީލާދުގެ 550 އަހަރު ކުރީންކަމަށް ތާރީޚު ޢިލްމުވެރީން ވިދާޅުވެއެވެ.
މި ސަރަޙައްދުގެ އަޞްލު ވަޒަންވެރީން ކަމުގައިވާ ކޯކާސީ އަލްބާނީންވަނީ ޢީސާއީ މީލާދުގެ ހަތަރު ޤަރުނު ކުރީން މި ސަރަޙައްދުގައި ރަސްކަމެއް ޤާއިމުކޮށްފައެވެ. 
މި ސަރަޙައްދުގައި އީރާނީންގެ މީހުން ވަޒަންވެރިވެފައިވުމުގެ ތާރީޚަށް ބަލާއިރުގައި، ޢީސާއީ މީލާދުގެ 9 ޤަރުނު ކުރީގައި ވެސް އީރާނީންގެ އާބާދީތައް މި ހިސާބުގައި ޤާއިމުވެފައި ހުރިކަން ފާހަގަކުރެވެއެވެ.
ޒަރްދަޝްތީން ނުވަތަ އަލިފާނަށް އަޅުކަން ކުރާ ފާރިސީން މި ހިސާބަށް އައިސްފައިވަނީ އީރާނުންނެވެ. 
ޤަދީމީ ޒަމާނުގައި މި ތަނުގައި އުޅުނު އަޒޭރީން ވާހަކަ ދައްކާ ބަހަކީ ޤަދީމީ އަޒޭރީ ބަހެވެ. މިބަހަކީ ވިލާތު-ހިންދުސްތާނީ ދަރިކޮޅުގެ އީރާނީ ގޮތްޕަށް ނިސްބަތްވާ ބަހެކެވެ.
މީލާދީން 8 ވަނަ ޤަރުނުން ފެށިގެން 17 ވަނަ ޤަރުނާ ހަމަޔަށް އަޒަރުބައިޖާންގައި ވެރިކަންކޮށްފައިވަނީ ޝިރްވާންޝާހް ދަރިކޮޅުންނެވެ.
މިއަދުގެ އަޒަރުބައިޖާން ވުޖޫދަށް އައިސްފައިވަނީ 28 މެއި 1918 ގައެވެ. މި ޖުމްހޫރިއްޔާއަކީ ސޯވިއެޓް ސޯޝަލިސްޓް ޖުމްހޫރިއްޔާއަކަށްވީ 28 އެޕްރީލް 1920 ގައެވެ. ސޯވިއެޓް ޔޫނިއަން އިން ވަކިވެ މިނިވަންކަން އިޢުލާންކޮށްފައިވަނީ، 30 އޯގަސްޓު 1990 ގައެވެ. ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 18 އޮކްޓޯބަރު 1991 ގައެވެ. 

އަޒަރުބައިޖާާންގެ އާބާދީގެ ބޮޑު ބަޔަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޝީޢީ މަޒުހަބުގެ ބައެކެވެ. 1999 ވަނަ އަހަރަށް ބަލާއިރުގައި އަޒަރުބައިޖާންގެ އާބާދީގެ 90.6% މީހުންނަކީ އަޒޭރީންނެވެ. 1.8% މީހުންނަކީ ރަޝިޔަނުންނެވެ. މީގެ އިތުރުން އަރްމީނިޔަނުންނާއި ޖޯޖިއަނުންނާއި އަދި އެހެން ބައެއް މީހުން ވެސް ހިމެނެއެވެ.

ސަގާފަތަށް ބަލާއިރުގައި އަޒަރުބައިޖާނާ އެންމެ ގާތް އެއް ޤައުމަކީ އީރާނެވެ. އެހެން ނަމަވެސް މިއަދު އަޒަރުބައިޖާނުގެ ސަގާފަތުގެ ތެރެއަށް ވަރަށް ބޮޑަށް ހުޅަނގުގެ ނުފޫޒުތައް ވަންނަމުންދާކަން ފާހަގަކުރެވެއެވެ.
އިސްލާމީ ދުނިޔޭގައި އެންމެ ފުރަތަމައަށް ޑިމޮކްރެޓިކް އަދި ސެކިޔުލަރ ނިޒާމެއް ޤާއިމުކުރުމުގައި އެކަން ކުރަން އުޅުނު މީހުންނަށް ކާމިޔާބު ލިބުނު ފުރަތަމަ ޤައުމަކީ ވެސް އަޒަރުބައިޖާން ކަމަށް އިނގިރޭސި ވިކިޕީޑިޔާގައި ލިޔެފައިވެއެވެ.

އަޒަރުބައިޖާނަކީ ތެލުގެ ގޮތުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އިޤްތިޞާދީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން އަންނަ އަޒަރުބައިޖާނަކީ އިޤްތިޞާދީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޤައުމެކެވެ. 




#Article 332: ޑެންމާކު (334 words)


ޑެންމާކަކީ ސްކެންޑިނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އުތުރު ޔޫރަޕުގެ ޤައުމެކެވެ. 

ޑެންމާކުގެ ރަސްމީ ބަހަކީ ޑެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑެނިޝް ނުވަތަ ޑޭންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޯޕަންހޭގަންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 109 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 43098.31 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ dk. އެވެ. ކޯލިން ކޯޑަކީ +45 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޑެނިޝް ކްރޯންއެވެ.

ޖުޣުރާފީ
ޑެންމާކު އޮތީ ސުވިޑްންގެ ހުޅަނގު ދެކުނުގައެވެ. ނޯވޭގެ ދެކުނުގައެވެ. ޑެންމާކުގެ ދެކުނުގައި އޮތީ ޖަރުމަނެވެ. ބޯޑަރުގެ ގޮތުން ބަލާއިރު ބަލްތިކް ކަނޑާއި އުތުރު ކަނޑާ، ޑެންމާކުގެ އައްސޭރި ބޯޑަރު ހިއްސާ ކުރެއެވެ.

އާސާރީ ގޮތުން ފެންނަން ހުރި ހެކިތަކަށް ބަލާއިރުގައި ޑެންމާކަކީ ވަރަށް ޤަދީމީ ތާރީޚެއް އޮތް ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ޢީސާއީ މީލާދުގެ 12500 އަހަރު ކުރީއްސުރެ ވެސް ޑެންމާކުގައި މީހުން ދިރިއުޅެމުން ގެންދެއެވެ.
ހަމަ އެހެންމެ ޢީސާއީ މީލާދުގެ 3900 އަހަރު ކުރީން ޑެންމާކުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިނގާފައިވާކަމުގެ ހެކިތައް ލިބެން އެބަހުއްޓެވެ.
ރޯމަނުންގެ ކުރީގެ ދަގަނޑުގެ ޒަމާނުގައި (މީލާދުގެ ކުރީގެ 500 އިން ފެށިގެން މީލާދުގެ 1 އާ ހަމަޔަށް) މިހިސާބުގެ ވެހީން ވަނީ ދެކުނަށް ހިޖުރަކުރާން ފަށާފައެވެ. އެންމެ ފުރަތަމައަށް ޑެނިޝް މީހުން މި ސަރަޙައްދަށް ވަދެފައިވަނީ އަލްމާނީންގެ ދަގަނޑުގެ ޒަމާނުގައެވެ. މީލާދުގެ 1 އަހަރާއި 400 ވަނަ އަހަރާ ދެމެދުގައެވެ.
ރޯމަނުން ވަނީ ޑެންމާކުގައި ތިބި އެ ބިމުގެ ވަޒަންވެރީންނާއެކު ވިޔަފާރީގެ ގުޅުންތައް ދަމަހައްޓާފައެވެ. އެހެންކަމުން ރޯމަނުންގެ ސިއްކަތައް ޑެންމާކުން ފެނިފައިވެއެވެ.
މީލާދީން 8 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގައި ޑެނިޝް މީހުން ވެސް ވެފައިވަނީ ވައިކިން މީހުންގެ ތެރޭގައި ހިމެނޭ ބަޔަކަށެވެ.
ވައިކިން މީހުން ވަނީ މީލާދީން 9 ވަނަ ޤަރުނުގައި އައިސްލޭންޑު ހޯދައި، އެތަނުގައި ވަޒަންވެރިވެފައެވެ. އެއީ އެމީހުން ފަރޯއޭ ޖަޒީތަކަށް ދިޔަ މަގުމަތީގައެވެ. އެތަނުން ގްރީންލޭންޑާއި ވިންލޭންޑުގައި ވެސް މީހުން ވަޒަންވެރިވިއެވެ.
އެމީހުންގެ އޮޑިދޯނިފަހަރު ބަނުމުގެ ހުނަރު ބޭނުންކޮށްގެން އެމީހުން ވަނީ ފަރަންސޭސިވިލާތުގެ ބައެއް ތަންތަނަށާއި ބްރިޓިޝް ޖަޒީރާތަކަށް ޙަމަލާތައް ދީފައެވެ.
ގްރީންލޭންޑުން ފެށިގެން ގުސްތަންތީނިއްޔާއާ ހަމަޔަށް އެމީހުން ވަނީ އެމީހުންގެ ވިޔަފާރީގެ މަގުތައް ފުޅާކޮށްފައެވެ. 
ޑެނިޝް ވައިކިން މީހުންނަކީ ބްރިޓެއިން އާއި ފަރަންސޭސިވިލާތާއި އަޔަރލޭންޑުގައި އެންމެ ޙަރަކާތްތެރިކޮށް އުޅުނު މީހުންނެވެ.
ދޭތެރެ ދޭތެރެއިން ޑެންމާކާއި އިނގިރޭސީންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ. 
ޑެންމާކް އީ.ޔޫ އާ ގުޅިފައިވަނީ 1 ޖަނަވަރީ 1973 ގައެވެ. މިއީ އީ.ޔޫއގެ މެންބަރަކަށްވި 7 ވަނަ ޤައުމެވެ.

ޑެންމާކުގެ އާބާދީގެ 90.5% މީހުންނަކީ ޑެނިޝް ނަސްލުގެ މީހުންނެވެ. 9.5% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. މި ގޮތުން ޖަރުމަނުންނާއި ސްވީޑުންނާއި ނޮވޭޖިޔަނުންނާއި ބޮސްނިޔާ ނަސްލުގެ މީހުންނާާއި ތުރުކީންނާއި އަރަބީންނާއި އިންޑިޔާ ދަރިކޮޅުގެ މީހުންނާއި ޑަޗުންނާއި ކުރުދީން ފާހަގަކޮށްލެވެއެވެ.

ސަގާފަތުގެ ގޮތުން ބަލާއިރު ޑެންމާކުގެ ސަގާފަތަކީ ސްކެންޑިނޭވިޔާގެ އެހެން ޤައުމުތަކާ އެއް ކަންތައްތަކެއް ހިއްސާކުރާ ސަގާފަތެކެވެ.

ޑެންމާކަކީ ޔޫރަޕަށް ނިސްބަތްވާ މުއްސަނދި ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 37304 ޑޮލަރެވެ.




#Article 333: ޕަލާއޫ (140 words)


 ، މި ޤައުމަކީ އެހެން ޤައުމު ތަކެކޭ އެއްފަދައިން ފާހަގަ ކޮށްލެވޭ ޤައުމެކެވެ. ޕަލާއޫ އަކީ ފިލިޕީންސްގެ 500 މޭލު އިރުން ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. ޕަލާއޫގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޕަލާއޫ އެވެ. ޕަލާއޫ މިނިވަންވީ 1 އޮކްޓޯބަރު 1994 ގައެވެ. މިއީ ދުނިޔޭގެ އެންމެ ކުޑަ އަދި އެންމެ ޅަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިގިރޭސި ބަހުން ކިޔާ ޕަލާއޫ ނެގިފައިވަނީ ޕަލާއޫ މީހުން ޕަލާއޫ އަށް ކިޔާ ނަން ކަމުގައިވާ ބެލާއޫ އިންނެވެ. 

ޕަލާއޫގެ އަސްލު އަހުލުވެރިންނަކީ އޮސްޓަރުލިޔާ، ޕޮލިނީޝިޔާ، އަދި އޭޝިޔާ އިން އައި ބަޔެއްކަމަށް ވެދާނެއެވެ. ވަރަށް ފަހަކާ ޖެހެންދެން ޕަލާއޫ އަކީ މައިކްރޯނޭޝިއާގެ ބައެއްގެ ގޮތުގައި ބެލެވުނު ތަނެކެވެ. އޮސްޓަރުލިޔާ އަދި ޔޫރަޕްގެ މީހުންގެ ތެރޭގައި ޕަލާއޫ މަޝްހޫރު ވެފައިވަނީ ކަޅު ރަށްތައް މިނަމުންނެވެ. ދާދި ފަހުން މީހުން ފެނުނު މީހުން ވަޅުލާ ގަބުރުސްތާންގެ ތާރީޚީ ދިރާސާތައް ހެކިދޭގޮތުން އޯޝޭނިޔާގައި އޮތް އެންމެ ދުވަސްވީ މިފަދަ ގަބުރުސްތާނަކީ ޕަލާއޫ ގައި އޮތް މިބުނި ތަނެވެ. 

ދެވަނަ ބޮޑު ހަގުރާމަ އަށްފަހު އދ. އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޕަލާއޫ މިނިވަންދެން އެގައުމު އޮތީ އެމެރިކާގެ ޓެރިޓަރީއެއްގެ ގޮތުގައެވެ. 

ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ.




#Article 334: ޑެންގީ ހުން (2766 words)


ޑެންގީ ހުން () އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ހުމުގެ ވައްތަރެކެވެ. މިއީ ހޫނު ގައުމު ތަކުގައި ވަރަށް ޢާންމު ބައްޔެކެވެ. މިބަލި ޖައްސާ ފްލޭވި ވައިރަސްގެ ގުރޫޕްގެ ވައިރަހެއްގެ ސަބަބުންނެވެ. މިވައިރަހުގެ ތަފާތު 4 ވައްތަރެއް ވެއެވެ. މިބަލި ފެތުރިގެންދަނީ އީޑްޒް އިޖިޕްޓި ކިޔޭ މަދިރިއެއްގެ ސަބަބުންނެވެ. ޢަންމުގެތެއްގައި މިމަދިރި ހަފަނީ ފަތިހުގެ ވަގުތު އިރުއެރުމުގެ ކުރިންނެވެ. އަދި ބައެއް ފަހަރު ދުވާލު ގައި ވެސް ހަފައެވެ. 

ޑެންގީ ހުމަކީ ފްލޭވި ވައިރަސް()  ގުރޫޕަށް ނިސްބަތްވާ ޑެންގީ ވައިރަސް() ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސް އުފުލާ ނުވަތަ ވައިރަސް ފަތުރާ މަދިރިއަށް ކިޔަނީ އީޑީސް(Aedes) އެވެ. ޑެންގީ ހުން ޖައްސާ ވައިރަސްގެ ތަފާތު 4 ބާވަތެއް ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޢާންމު ގޮތެއްގައި ހޫނު ހިސާބު ތަކުގައި ފެތުރޭ މިބަލި އޮސްޓްރޭލިޔާ، އެފްރިކާ، އަދި އޭޝިޔާ ޕެސިފިކްގެ ގައުމުތަކުން ފެންނަކަން ފާހަގަ ކުރެވެއެވެ. 

ޑެންގީ ހުން އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ. 

ޑެންގީ ހުމާއި ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން އަކީ ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ އަދި ހުޅަގު ޕެސިފިކް ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހޭ ރޯގާ އެކެވެ. ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޑެންގޫ ހުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް މިހުން ޖެހިފައި ވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން ދެއެވެ. ނަމަވެސް ޒަމާނީގެ ފަރުވާގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުކުރެވިފައެވެ. 

ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ދެނެގަންނާނޭ ގޮތާއި، ދޭންވީ ފަރުވާ ފުރަތަމަ ތަޢާރަފްކުރީ ތައިލޭންޑްގައި ހުންނަ ޑަބްލިޔޫ އެޗްއޯގެ ކޮލެބޮރޭޓިންގ ސެންޓަރެއް ކަމަށްވާ ކްއީން ސިރިކިޓް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޗައިލްޑް ހެލްތުގެ އިސް ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ސްޗިތުރާ ނިމަނިޓްޔަ އެވެ. 

ޑެންގީ ހުމަކީ ދުނިޔޭގެ ހޫނު ގައުމުތަކުގައި އުޅޭ ބައްޔެކެވެ. މިބަލި ފަތުރާ މަދިރިވެސް އުޅެނީ އެފަދަ ހޫނު ހިސާބުތަކުގައެވެ. ކޮންމެ އަހަރަކު އެތައް މިލިޔަން ބަޔަކަށް މިހުން ޖެހޭކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ބައެއް ފަހަރު އެތައް ހާސް ބަޔަކު މަރުވެދެއެވެ. ޑެންގީ ހުން މިހާރު ވެފައިވަނީ މަދިރީގެ ޒަރީޢާއިން ފެތުރޭ އެންމެ ނުރައްކާތެރި އެއްބަލި ކަމުގައެވެ. 
ޑެންގީ ހުން ޖެހޭ މިންވަރު، މީހާގެ ޢާންމު ޞިއްޙަތު ހުންނަ މިންވަރާއި، އަދި އުމުރާ ގުޅެއެވެ. އަދި ބަލީގެ ޢަލާމާތްތައް ފެންނަ މިންވަރު ބިނާވެފައި އޮންނަނީ އެމީހެއްގެ ޞިއްޙަތާ ޢުމުރުގެ މައްޗަށެވެ. މިބަލީގެ ޢަލާމާތްތައް ފެންނަނީ މިދެކަންތަކާ ގުޅިގެންނެވެ. 

ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިހުން ޖެހުމާއެކު ހިމަބިހި ކަހަލަ ބިހިތަކެއް ގައިން ނަގާފާނެއެވެ. މިއީ ހިމަބިހި ނޫންކަމެއް، ރޯގާހުން ނޫންކަމެއް، ނުވަތަ މެލޭރިޔާ ނޫންކަމެއް ވެސް ޔަގީންކުރުން ދަތިވެއެވެ. އަދި މިއީ ގައިން ގަޔަށް އަރާ ޒާތުގެ ފުރަމޭ ދުޅަވުން ކަން ނުވަތަ ހުމާއެކު ޖެހޭ އެފަދަ އެހެން ބައްޔެއްކަން ދެނެގަތުން އުދަގޫވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހުމުން ދާދި އެއްވައްތަރުގެ ޢަލާމާތްތަކެއް ފެންނަށް ފަށައެވެ. މިގޮތުން އާދައިގެ އަލާމާތްތަކުން ފެށޭ މިބަލި ނުރައްކާތެރި ބައްޔަކަށް ވެސް ބަދަލުވެދާނެ އެވެ. 

ޑެންގީ ވައިރަސް އަކީ ފްލެވިވިރިޑޭ ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ. 

ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ޕްރައިމަރީ ޑެންގީ އިންފެކްޝަން އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ ސެކަންޑަރީ ޑެންގީ އިންފެކްޝަން އެވެ. 

ޑެންގީ ޖައްސާ 4 ވައިރަހުންކުރެ ކޮންމެ ވައިރަހަކުންމެ، ހުމުގެ ނުރައްކާތެރި ބާވަތްކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. ދެވަނަ ފަހަރަށް ވައިރަސް ވާޞިލްވާ 16 އަހަރުން ދަށުގެ ކުދިންނަށް ގާތީ ޑެންގީ ހެމޮރޭޖިކް ހުން ޖެހުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑެންގީ ޖެހޭ 1 އަހަރުން ދަށުގެ ކުދިންނާއި، ޑެންގީ ވައިރަސް 1 އަދި 3 ފުރަތަމަ ފަހަރަށް ޖެހޭ ކުދިންނަށް ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. 

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން އެމީހަކަށް ޖެހޭނީ ޑެންގީގެ ކޮން ބާވަތެއް ކަމެއް އަދި ދެނެގަނެވޭނެ ގޮތެއް ހޯދިފައެއް ނެތެވެ. އާދައިގެ ޑެންގީ ހުން ޑެންގީ ހިމޮރޭޖިކް ހުން އަށް ބަދަލުވެގެން ނުދާނެކަމަށް ޑެންގީގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޑެންގީ ހިމޮރޭޖިކް ހުމަށް ބޭނުންވާ ފަރުވާ ނުލިބިއްޖެނަމަ ޑެންގީ ޝޮކް ސިންޑްރޯމް އަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ބުނެއެވެ. 

ޑެންގީ ގެ ދެވައްތަރެއް ވެއެވެ. އެއީ އާދައިގެ ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ލޭފާއްދާ ވައްތަރު އެވެ. 

ޑެންގީ ހުން އަކީ ވަރުގަދަ ހުމެކެވެ. މިއީ ގައިގާ ރިއްސާފާ އަންނަ ހުމެކެވެ. މިހުން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހެއެވެ. މިވައްތަރުގެ ހުން ޖެހުމުން ފުރާނަ އަށް ނުރައްކާތެރިވަނީ ވަރަށް މަދު ފަހަަރަކު އެވެ. 

ޑެންގީ ގެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ. މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. 

ޑެންގީ ހެމޮރޭޖިކް ހުން އަކީ ޑެންގީ ހުން ގެ ނުރައްކާތެރި ވައްތަރެވެ. މިއީ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ. 

މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ޞިއްޙީ ޚިދުމަތްތެރިއަކަށް ދައްކައިގެން ފަރުވާ ހޯދިއްޖެނަމަ ފުރާނައަށް ގެއްލުން ނުލިބި ސަލާމަތްވުން ކައިރިއެވެ. ވަގުތުން އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާތެރި ވެއެވެ. 

ޑެންގީ ވައިރަސް ހަށިގަނޑު ތެރޭގައި އުޅޭކަމުގެ އެއްވެސް އަލާމާތެއް ނުފެނިވެސް ހިގައިދާނެއެވެ. ފުރަތަމަ ފަހަރަށް މިވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އަލާމާތްތަކަކީ އެހެން އާދައިގެ ވައިރަލް ހުން ހުމުގައި ވެސް ފެންނަ އަލާމާތް ކަމަށްވާތީ، އާދައިގެ ވައިރަލް ހުމަކާ ތަފާތު ކުރަން އުދަނގޫވެއެވެ. މިހެން ދިމާވަނީ ވަކި ޚާއްޞަ އަލާމާތްތަކެއް ނުފެންނާތީ އެވެ. ބައެއް ފަހަރު ރާޅުކޮށް ހުންނަ ރަތްކުލައިގެ ބިހިތަކެއް ނަގާފާނެއެވެ. މިބިހިތައް ފާހަގަ ކުރެވޭނީ ހުމުގެ މެދުތެރޭގައި ނޫނީ ހުން މަޑުވެލީމައެވެ. ހުމުގެ ބާވަތް މިގޮތަށް ފާހަގަ ނުކުރެވިއްޖެނަމަ ކިޔަނީ އަންޑިފަރެންޝިއޭޓެޑް ފީވަރ އެވެ. 

ޑެންގީ ހުން އެހެން ހުންހުމާ ތަފާތުކުރެވޭ އަލާމާތްތައް
ޑެންގީ ހުން ޖެހިފައި އިތުރު މައްސަލަތަކާ ދިމާނުވެ ފަސޭހަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހުޅުތަކުގަޔާ ގައިގައި ރިއްސައެވެ. މިހާލަތް މެދުވެރިވުމަށް ކިޔަނީ ކަށި ބިންދާ ބަލި އެވެ. ޑެންގީ ހުން އެހެން ހުންހުމާ ތަފާތު ކުރެވެނީ ތިރީގައިވާ އަލާމާތްތައް ފެނުމުންނެވެ. 

ހީކެރުވުމާއެކު ވަރަށް ގަދަޔަށް ހުން އަންނާނެއެވެ. ހުން ވިހެލާފައި ދެދުވަހެއްގެ ތެރޭގައި އަނެއް ފަހަރު ހުން އައިސްދާނެއެވެ. 39-40 ޑިގްރީ ސެލްސިއަސް އާއި ދެމެދު، 5 ވަރަކަށް ދުވަސް ވަންދެން ހުން ދިގުލާފާނެއެވެ. އަދި އަންނަނިވި އަލާމާތްތައް ފެންނާނެއެވެ. 
ވަރުދެރަވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ހުޅުހުޅުގައި ރިހުން
މޫނު ރަތްވުން، އަދި، ނިއްކުރީގައި ރިހުން
ލޮލުގެ ގޮބޮޅީގައި ރިހުން، ނުވަތަ ލޮލުގައި ރިހުން، އަދި ލޯ ހަރަކާތްކުރުމުން ރިހުން ބޮޑުވުން
ކާއެއްޗެތީގައި ރަހަނުލުމާއި ކާހިތްނުވުން އަދި އަނގައިގެ ރަހަ ނުބައިވުން، ކަރުގައި ރިއްސުން
ބަނޑުގައި ރިއްސުން ، މޭނުބައިކުރުން، އަދި ހޮނޑުލުން

މޫނުގައި، ކަރުގައި އަދި މޭމަތީގައި އާދަޔާ ޚިލާފު ރަތްކަމެއް، ނޫނީ ކުދި ތިކިތަކެއް ހުންނަކަން ފާހަގަ ކުރެވިދާނެއެވެ. ހުމުގެ ފަހުކޮޅުގައި ރާޅުކޮށް ހުންނަ ބިހިތަކެއް ފެނިދާނެއެވެ. ހުން މަޑުވާން ފައްޓާއިރު، މިބިހިތައް އޮބި، އަތްފަޔާއި، ފައިތިލަ މަތީގައި ކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ޖަހާނެއެވެ. ގައިކަހާ ހިރުވާނެއެވެ. ހިތުގެ ވިންދު ލަސްވުން، ނޭފަތުންނާއި އަނގައިން ލޭއައުން، ބޮޑު ކަމުދާ ތަކެތި ނޫނީ ކުޑަކަމު ނަޖިހުން ލޭފެނިދާނެއެވެ. ހުން މަޑުވެ ރަގަޅުވުމަށް ފަހުވެސް ވަރުބަލިކަން ފިލައި ނުގޮސް ދެތިން ހަފްތާވަންދެން ހުރެދާނެއެވެ.

 
އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް މިބަލި ވާޞިލްވަނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ މަދިރިއެއް ސަލާމަތުން ހުރި މީހާގެ ގައިގައި ހެފުމުގެ ތެރޭގައި ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. މަދިރި ހެފުމަކާ ނުލާ އިންސާނުންގެ އެކަކު ގައިން އަނެކަކު ގަޔަށް ޑެންގީ ހުން ވާޞިލެއް ނުވާނެއެވެ. 

ވައިރަސް އާ ތަޣައްޔަރުވެފައިވާ މަދިރިއެއް ހަށިގަނޑުގައި ހަފާތާ 14-3 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ފެންނަށް ފަށައެވެ. އެވްރެޖް ގޮތެއްގައި މިމުއްދަތު އުޅެނީ 7-4 ދުވަހާ ދެމެދުގައެވެ. ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކުގެ އިތުރުން ބަލި ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓް ހެދެއެވެ.

ޑެންގީ ހުން ފެތުރެން ދިމާވަނީ މިބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ އަންހެން މަދިރިއެއް ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ. 

މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޑެންގީ ބައްޔަކުންނޫނެވެ. މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.

ފަހަކަށް އައިސް ޑެންގީގެ ބަލި އިތުރުވަމުން ގޮސްފައިވަނީ:- 
މަދިރި އާލާވުމަށް ދެވޭ އަންނަނިވި ފުރުޞަތުތަކުގެ ސަބަބުން 

 
ޑެންގީ ހުން ޖައްސާ މަދިރީގެ ދެވައްތަރެއް ހުރެއެވެ. އެއީ އީޑީސް އިޖިޕްޓި(Aedes egypti) އަދި އީޑީސް އަލްބޯޕިކްޓަސް(Aedes albopictus) އެވެ. މިމަދިރިތައް ބިސްއަޅާތާ 7 ދުވަހުގެ ތެރޭގައި ލޭ ބޯންފަށާވަރަށް ބޮޑު ވެއެވެ. ގޭތެރޭގެ މާހައުލުގައި އުޅޭކަމަށްފާހަގަވާ ފޫކޮޅުގައި ކަޅު ލައްޖެހި ދިގު ނަރުވައެއް ހުންނަ މިމަދިރި ބިސް އަޅަނީ ރީތިކޮށް ސާފުކޮށް ހުންނަ ފެންގަނޑަށެވެ. 

 
ބަލިޖެހުމުން ފެނިދާނެ ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ގަދަޔަށް ބޮލުގައި ރިހުން، ހުޅުތަކާއި މަސްތަކާއި ކަށިތަކުގައި ރިހުން، ލޮލުގައި ރިހުން، ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ. ބޮލުގައި ރިހުން އާންމުކޮށް ހުންނަނީ ބުމައާއި ނިއްކުރީގެ މަތިން މޫނާއި ބޮލުގައެވެ. މީގެ އިތުރުން ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޭރަށް ހިންގުން، ދަށްބަނޑުގައި ރިހުން، ކާހިތްނުވުން، ނުވަތަ ނުކެވުން ފަދަ ކަންކަމަކީ ވެސް ޑެންގީ ހުމާއި ވިދިގެން ކުރިމަތި ވެދާނެ ކަންކަމެވެ. ބަލީގެ ނުރައްކާތެރި ޙާލަތުގައި މަދުން ނަމަވެސް ބައެއް މީހުންގެ ހަށިގަނޑުގައި ގޮށްލާކަން ފާހަގަކުރެވެއެވެ. 
ޑެންގީ ހުމާއި ވިދިގެން ކުރިމަތިވާ ހުޅުތަކުގައި ރިއްސުމަކީ ތަޙައްމަލު ކުރަންދަތި ވޭންހުރި ކަމަކަށްވަނީ ވެފައެވެ. މިސަބަބާހުރެ މިބައްޔަށް ކަށި ބިންދާ ހުން(Break bone fever) އޭކިޔައި އުޅެއެވެ. 

ބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާއަކީ ލޭގެ ތެރެއަށް ބަލީގެ ވައިރަސް ވާޞިލްވުމެވެ. ލޭގެ ތެރެއަށް ވައިރަސް ވާޞިލްވުމުން ޑެންގީ ހެމަރެޖިކް ހުން(Dengue hemorrhagic fever) ކުރިމަތި ކުރުވައެވެ. މިވައްތަރު ކުރިމަތިވެއްޖެ ނަމަ ލޭހޮޅިތައް ހަލާކުވެ، އެއިން ލޭހިލުން، ނުވަތަ ލޭފޫދެން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން އަނގަޔާއި، ނޭފަތް އަދި ހިރުގަނޑުން ލޭއަންނަގޮތް ވެއެވެ. އަދި ހަންގަނޑުގެ ދަށުގައިވެސް ލޭފޫދެން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުން ފަސޭހަކަމާއެކު ލޭ އަންނަގޮތް ވެއެވެ. 

ބައެއް ފަހަރު އެތެރޭގެ ގުނަވަންތަކަށް ވެސް ލޭހިލުން ކުރިމަތިވެދާނެއެވެ. މިމަރުހަލާ އަށް ވާޞިލްވުމަށްފަހު އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ލޭހޮޅިތައް ފެޅި، ލޭގެ ޕްރެޝަރު ދަށްވެ، ޝޮކު ޖެހޭގޮތް ވެއެވެ. މިވައްތަރަށް ކިޔަނީ ޑެންގީ ޝޮކް ސިންޑްރޯމް(Dengue Shock syndrome) އެވެ. އަދި ނަތީޖާއެއްގެ ގޮތުން މަރުވެދިއުމަކީ ވެދާނެ ގޮތެކެވެ. 

ޓޯނިކޭ ޓެސްޓު އަކީ ޑެންގީ ހިމޮރޭޖިކް ހުން ހުރިތޯ ބެލުމަށް ކުރެވޭ ޚާއްޞަ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ކުރިން ބަލިމީހާ އަށް އެކަށޭނަ ސައިޒެއްްގެ ލޭބަލާ ކަފްއަކުން ބަލިމީހާގެ ލޭގެ ޕްރެޝަރު ބަލާނީ އެވެ. ކުޑަކުދިންގެ ލޭ ބެލުމަށް ބޭނުންކުރާނީ އުމުރުފުރައާއި ގުޅޭ ސައިޒެއްގެ ކަފެކެވެ. 

ދެން ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ލޭބަލާ ކަފްގެ ޕްރެޝަރު ބަރާބަރު 5 މިނިޓް ވަންދެން ހިފަހައްޓާލާނީ އެވެ. އަދި 5 މިނިޓް ފަހުން ކަފްގެ ޕްރެޝަރު ދޫކޮށްލާނީ އެވެ. އެއަށްފަހު ކަފްގެ ތިރިއަށް ހުރި ހިސާބުގައި ކުދިކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ހުރިތޯ ބަލާނީ އެވެ. މިތިތަކަށް ކިޔަނީ ޕެޓީކިޔޭ އެވެ. 

ހަމުގެ އެއް އަކައިންޗިގެ ތެރޭގައި މަދުވެގެން 10 ތިކި ފެންނަން ހުރެއްޖެނަމަ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވީއެވެ. މިގޮތަށް ގުނަން ފައްޓާނީ ކަފްގެ ޕްރެޝަރު ދޫކޮށްލާތާ 1 މިނިޓް ފަހުންނެވެ. 

ޑެންގީ ހިމޮރޭޖިކް ހުން ހުރިނަމަވެސް ބައެއް ފަހަރު ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެ ހިގައިދާނެއެވެ. މިގޮތުން ބަލީގެ ކުރީކޮޅުގަޔާއި، ހަށިގަނޑު ފަލަކޮށް ހުންނަ ކުދިންނާއި، މީހުން، އަދި ރިކޯޑް ނުކުރެވޭ ވަރަށް ލޭގެ ޕްރެޝަރު ދަށްވެގެން ޝޮކް ޖެހިފައި ތިބޭ މީހުންނާއި، ކުދިންގެ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެދާނެއެވެ. ޓޯނިކޭ ޓެސްޓް ނެގެޓިވް ވެއްޖެނަމަ 24 ގަޑިއިރު ފަހުން އަލުން ޓޯނިކޭ ޓެސްޓް ހަދަންވާނެއެވެ. 

ޑެންގީ ހުމުގެ ރޯގާ ފެތުރޭ ދުވަސްވަރެއްގައި ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވުމާއެކު ލޭގެ ހުދު ސެލްގެ މިންވަރު ކޮންމެ ކިއުބިކް މިލިމީޓަރަކަށް 5000 ސެލް އަށްވުރެ ދަށްކޮށް ހުރެއްޖެނަމަ އެމީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ބެލިދާނެއެވެ. 

 
ޕަލްސް ޕްރެޝަރު އަކީ ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރ ދެނެގަނެވިދާނެއެވެ.

ޕަލްސް ޕްރެޝަރ 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ.

 
ޑެންގީ ހުމުން ރައްކާތެރިވުމަށް މިހާތަނަށް އަދި ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެެސް މަދިރި ކޮންޓްރޯލް ކުރުމާއި މަދިރިން ތިމާގެ ހަށިގަނޑު ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކެވެ. މިގޮތުން ހެދުން އަޅާއިރު އަތްފައި ނިވައިވާނެހެން ހެދުން އެޅުން، މަދިރި ކައިރިވިޔަނުދޭ ލޯޝަނެއް ނުވަތަ ކްރީމެއް ހަށިގަނޑުގައި އުގުޅުން ފަދަ ކަންތައް ހިމެނެއެވެ. 

 
މަދިރި ކޮންޓްރޯލް ކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ. 

 
ޢާންމުގޮތެއްގައި ޑޮކްޓަރުން އިރުޝާދު ދެނީ ޕެނަޑޯލް ޕެރަސިޓަމޯލް ފަދަ ބޭސްތައް ބޭނުން ކުރުމަށެވެ. އެސްޕިރިން، ވޯލްޓަރަން، ބުރޫފަން ފަދަ ބޭސްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ސަބަބަކީ މިފަދަ ބާރުގަދަ ބޭސްތަކުގެ ސަބަބުން ޞިއްޙީ އެހެން މައްސަލައެއް ކުރިމަތިވެދާނެތީއެވެ. އަދި ބައްޔާއި ގުޅިގެން ކުރިމަތިވާ ލޭހިލުން ފަދަ ކަންކަން މިފަދަ ބާރުގަދަ ބޭސްތަކުގެ ސަބަބުން އިތުރަށް ގޯސްވެގެން ހިގައިދާނެތީ އެވެ. 

ވީވަރަކުން އަރާމްކުރުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނުރައްކާތެރި ޙާލަތުގައި އައިވީ ގުޅަންޖެހެއެވެ. ހަށިގަނޑުގައި ހޫނު ހިފެހެއްޓިފައި ހުންނަ ތަންތަން މިސާލަކަށް އުކުޅުވަޅު، ކިހިލިފަތްދޮށް، ކަރުދަށް، އަދި މޭމަތީގައި ފެންފޮތި އުގުޅުމަކީ ހުންއައުމުން އަމިއްލަ އަށްވެސް ކުރެވިދާނެ ކަންކަމެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ބަލިމީހާގެ ލޭހޮޅިތަކުގެ ތެރޭގައި ހުންނަންވާ ފެން(ޕްލާޒްމާ) އަދި ލޭގެ އެކި މާއްދާތައް ހުންނަންޖެހޭ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ ބާރުދަށްވެގެން ދެއެވެ. އާދައިގެ ޑެންގީ ހުން އާއި ޑެންގީ ހެމޮރޭޖިކް ހުން ތަފާތު ކުރެވޭ ގޮތަކީ މިއީ އެވެ. ޑެންގީ ހެމޮރޭޖިކް ހުން އަކީ ހަށިގަނޑުގެ އެތެރޭގެ އެކި ހިސާބުތަކަށާއި، ދެހަން ދޭތެރެއަށް ލޭފާއްދަން ފަށާ، އަދި ބަލި މީހާގެ ޙާލު ވަރަށް ބޮޑަށް ދެރަކޮށްލާ ބައްޔެކެވެ. އަދި ފުރިހަމަ ފަރުވާ ނުލިބި ލަސްވެއްޖެނަމަ ފުރާނަ އަށް ގެއްލުންވާ ބައްޔެކެވެ. 

ޑެންގީ ހެމޮރޭޖިކް ހުން އަށް ފަރުވާ ދެމުންދާއިރު، ހޮސްޕިޓަލުން ކުރިމަތިލާންޖެހޭ މައްސަލަ ތަކުން ފެށުން ބިނާވެފައި އޮންނަނީ ބަލީގެ ކުރީކޮޅުގައި އެބަލި މީހަކަށް ފޯރުކޮށްދެވިފައިވާ ޞިއްޙީ އެހީއާއި ފަރުވާ ގެ މައްޗަށެވެ. 

ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކީ ވެސް ޑެންގީ ހުން ޖެހިފައިވާ މީހަކު ދެނެގަތުމުގެ ގާބިލްކަން ލިބިފައި ހުންނަން ޖެހޭނެ މީހެކެވެ. ހަމަ އެހެންމެ މިބައްޔާއި ބެހޭ މަޢުލޫމާތު ބެލެނެވެރިންނަށް ވެސް ވީހާވެސް ބޮޑަކަށް ލިބިފައިވުން މުހިއްމެވެ. ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އާދައިގެ ޑެންގީ ހުމުގެ އަލާމާތްތައް ދެނެގަތުމުގެ އިތުރުން، ބެލެނެވެރިންނާއި ގުޅިގެން އެފަދަ ކަންތައްތަކަށް ފަރުވާ ދޭންޖެހެއެވެ. ހަމައެއާއެކު ޑެންގީ ހެމޮރޭޖިކް ހުން ގެ ނުރައްކާތެރި އަލާމާތްތައް ހުރިތޯ ބަލަމުން ގެންދަން ޖެހެއެވެ. އަދި އެޑްމިޓްކޮށްގެން ނޫނީ ފަރުވާ ނުދެވޭ ފަދަ ދަރަޖައަކަށް ބަލީގެ އަލާމާތްތައް ބޮޑުވަމުން އާދޭތޯވެސް ބަލަމުން ގެންދަން ޖެހެއެވެ. 

ޑެންގީ ހުން އާންމުކޮށް ފެންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންގެ ކިބައިން ތިރީގައިމިވާ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ނުވަތަ ޢަލާމާތްތަކެއް ފެނިއްޖެނަމަ އެއީ ޑެންގީ ހުން ކަމަށް ވެދާނެ ކަމަށް ބެލެވިދާނެއެވެ. 

ކުއްލިއަކަށް ގަދަ ހުމެއް އައުން، ބައެއް ފަހަރު ހުން ވިހެލާފައި އަނެއްފަހަރު ހުންއައުން، ޕެރަސިޓަމޯލް ނޫނީ ޕެނަޑޯލް ދިނުމުން ވެސް ހުން މުޅިން ފިލައި ނުދިއުން

ޑެންގީ ހުން ހުރިކަމަށް ޝައްކު ކުރެވިއްޖެނަމަ ދެން ކުރަން ޖެހޭ ކަމަކީ ބަލިބޮޑުވާން ދިމާވެދާނެ ފަދަ އެހެން ކަންތައްތަކެއް ހުރިތޯ ބެލުމާއި، ޑެންގީ ހެމޮރޭޖިކް ހުން ގެ ޢަލާމާތްތައް ހުރިތޯ ހޯދާބެލުމެވެ.

ފުރަމޭ ދުޅަވުން ކުރިމަތިވެ، ފުރަމޭ އާއި ދިމާލުން ބަނޑުގެ ކަނާއަތްފަރާތުގައި އަތްލުމުން ތަދުވާނަމަ އެއީ ޑެންގީ ހެމޮރޭޖިކް ހުން ގެ ޢަލާމާތެއް ކަމުގައި ބެލެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި މޭ ނުވަތަ ފުރަމޭ ދުޅަވާއިރު ހުންނާނީ ލޮލުގައި ރީނދޫކުލަ ހިފާފައެވެ. 

ޑެންގީ ހުމުގައި ފެންނަ ޢަލާމާތްތަކާއި، އެހެނިހެން ޢާންމު ބަލިތަކުގައި ފެންނަ ޢަލާމާތްތަކާއި ދެމެދު ހުންނަ ތަފާތު ދެނެގަންނަން ވާނެއެވެ. 

ލޭގެ ހުދު ސެލް ގެ ކައުންޓް އަދި ލޭހޮޅިތަކުން ލޭބޭރުވިޔަނުދީ ހިފަހައްޓައިދޭ މާއްދާއެއް ކަމަށްވާ ޕްލޭޓްލެޓް ގެ އަދަދު ދަށްވެފައިވާ ތަނާއި، އަދި ލޭގެ އޮލަމިން (ޕެކްޑް ސެލް ވޮލިއުމް) މަތިވެފައިވާ ތަނެވެ. އަދި ލޭގައި އާދަޔާ ޚިލާފު ލިމްފޮސައިޓް ސެލްތަކެއް ހުރިކަމަށްވެސް ޓެސްޓުތަކުން ދައްކައިފާނެއެވެ. 

ޑެންގީ ރޯގާ އުޅޭ ސަރަހައްދެއްގައި އަންނަ ކޮންމެ ގަދަ ހުމަކީ ޑެންގީ ހުން ކަމުގައި ވެދާނެ ކަމަށް ބަލަންވާނެއެވެ. ހުން އަންނަތާ ދެތިން ދުވަސްވުމުން ޓޯނިކޭ ޓެސްޓު ހަދަންވާނެއެވެ. 
ތިންވަނަ ދުވަހު ލޭގެ ޓެސްޓެއް ހަދަންވާނެއެވެ. ޝައްކެއްވާނަމަ ޖެހިގެން އަންނަ ދުވަހު ޓެސްޓު ގޯސްވޭތޯ ބަލަން އަލުން ހައްދަންވާނެއެވެ. 

ރެންޓެކް އަދި ވިޓަމިން-ކޭ ދޭންވާނެއެވެ. އެއްވެސް ތާކުން ގިނައިން ލޭއަންނަނީނަމަ ލޭއަޅަން ވާނެއެވެ. ލޭދޭނޭ މީހަކު ހޯދާ ކްރޮސްމެޗް ކޮށްފައި ބެހެއްޓުން މުހިއްމެވެ. 

އެންޓިބަޔޮޓިކް، ސްޓީރޮއިޑް، ފަދަ ބޭހުން އިތުރު ފައިދާއެއް ލިބޭ ކަމަކަށް ދިރާސާތަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން މިކަހަލަ ބޭސްތައް ބޭނުން ނުކުރާށެވެ. ބޭނުމެއް ނެތް ގިނަ ބޭސްތައް ދިނުމުން ފުރަމޭ އަށް ގެއްލުން ލިބެއެވެ. 

ހުން ކޮންޓްރޯލް ކުރުމަށް ހަމައެކަނި ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ބޭނުން ކުރާށެވެ. އެހެނިހެން ބޭސް ބޭނުން ނުކުރާށެވެ. އެސްޕިރިން ނޫނީ ބުރޫފަން ފަދަ ބޭސް ދިނުމުން ލޭފޭއްދުމަށް މަގުފަހިވެ، ފުރާނައަށް ނުރައްކާވާ މިންވަރަށް ޙާލަތު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 

ދިޔާތަކެތި ބޮވޭކަމުގައިވަނީ ނަމަ އެންމެ ރަގަޅީ ގިނަގިނައިން ދިޔާތަކެތި ދީގެން ފަރުވާ ކުރިއަށް ގެންދިއުމެވެ. ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ އައިވީ ނުގުޅާށެވެ. 

ބޭނުން ވާވަރަށްވުރެ އިތުރަށް ނޫނީ މާ އަވަސް ރޭޓެއްގައި އައިވީ ފެން ދެވިއްޖެނަމަ ހަށިގަނޑުގައި ފެން ގިނަވެ ބަލިމީހާ ފޮއްސިވާނެއެވެ. މިއީ ޑެންގީ ހެމޮރޭޖިކް ހުން ގައި ލޭގައި ހިމެނޭ ފެނުގެ ބައި ކަމުގައިވާ ޕްލާޒްމާ ލޭހޮޅިތަކުގެ ތެރޭގައި ހަރުލުމުގެ ބާރުދެރަވެފައި ހުންނާތީ ވާގޮތެކެވެ. މިގޮތަށް ލޭހޮޅިތަކުން ފެންބޭރުވެ، ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ފެން ހަރުލަން ފެށުމުން، ލޯކައިރި ފޮއްސިވެ، ބަނޑު ފުއްޕާނެއެވެ. އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަކީ ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރާ މިންވަރަށް ފުއްޕާމޭގެ ވަށައިގެން އޮންނަ ދުލިފަށުގެ ތެރެއަށް ފަސޭހަ ކަމާއެކު ފެން ނުކުމެ ހަރުލަފާނެތީ އެވެ. 

ލޮނު ނުހުންނަ ފެނެއް އައިވީކޮށް ދިނުން އެއީ ކޮށްގެންވާނޭ ކަމެއްނޫނެވެ. މިގޮތުން އެކަށީގެންނުވާ ފެނެއް އައިވީކޮށް ދެވިއްޖެނަމަ ސިކުނޑީގައި ފެން ހަރުލާ ސިކުނޑި ދުޅަވެ، ފިޓުޖެހޭގޮތް ވެއެވެ. 

ތިރީގައި ބަޔާންކުރެވިފައިވާ ފަދަ ޢަލާމާތްތަކަކީ ޞިއްޙީ ޚިދުމަތްދޭ ކޮންމެ ފަރާތަކަށް ވެސް އަދި ކޮންމެ ބެލެނެވެރިއަކަށް ވެސް އެނގެންޖެހޭނެ ކަންތައްތަކެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ބަލިމީހާ ހޮސްޕިޓަލްގައި ނުވަތަ ޞިއްޙީ މަރުކަޒުގައި އެޑްމިޓް ކުރަންޖެހޭނެއެވެ. 

ހަދާން ބަހައްޓަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެންމެ ބޮޑަށް ބަލި ނުރައްކާވެދާނެ މަރުހަލާ އަކީ ހުން މަޑުވުމަށްފަހު ދެން އޮންނަ 48 ގަޑިއިރު ތެރެކަމެވެ. މިވަގުތު ކޮޅަށް ކިޔަނީ ކްރިޓިކަލް ޕީރިއަޑް އެވެ. 

ޚާއްޞަކޮށް ގޮހޮރުގެ ތެރެއަށް ލޭފޭބުން: މިހެން ދިމާވުމުން ތާޒާލޭ ނުވަތަ ގިނައިރު ވެފައިވާ ލޭ ހޮނޑުލެވޭއިރު ނުވަތަ ބޮޑުކަމުދެވޭއިރު ހުރެދާނެއެވެ. ގޮހޮރުގެ ތެރޭގައި ގިނައިރުވެފައިވާ ލޭ ހޮނޑަށްލާއިރު ހުންނާނީ ކަޅު ކޮފީ ކުލައަކަށެވެ. އަދި ބޮޑު ކަމުދެވޭއިރު ހުންނާނީ ދިޔާ ކަޅު ތާރުހެން އޮލަކޮށް ކަޅުކުލައިގައެވެ. 

މިދެންނެވި ކަންތައްތަކުގެ އިތުރުން ނަރުހުންނާއި ޑޮކްޓަރުން ތިރީގައިމިވާ ކަންތައްތައް ބަލަންވާނެއެވެ. 

ކެޕިލަރީ ރިފިލް ޓައިމް 2 މިނިޓްއަށްވުރެ ދިގުވެ، ވިންދު އަވަސްވުމާއެކު، ވިންދުގެ ބާރުމިން ދަށްވެ، ނޭވާ އަވަސްވެ، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވުން ފަދަ ޢަލާމާތްތަކަކީ ޝޮކުޖެހުމުގެ މަގުމަތީގައި ވާކަން އަންގައިދޭ ޢަލާމާތްތަކެވެ. 

އަތް ނޫނީ ފައިގެ ތަންކޮޅަކަށް ފިތާލާފައި ހުދު ހަމުން ލޭހޮސްކޮށްލުމުން 2 ސިކުންތުގެ ތެރޭގައި އެފިއްތާލި ހިސާބަށް އަނބުރާ ލޭއަރާތޯ ފަސޭހަ ކަމާއެކު ބަލާލެވިދާނެއެވެ. މިއީ ކެޕިލަރީ ރިފިލް ޓައިމް ބަލާނޭގޮތެވެ. އާންމު ގޮތެއްގައި 2 ސިކުންތުގެ ތެރޭގައި އެފިތާލި ހިސާބަށް ލޭއަރާނެއެވެ. އެހެންކަމުން ކެޕިލަރީ ރިފިލް ޓައިމްގެ ނޯމަލް އަކީ 2 ސިކުންތު އެވެ. 

ޕަލްސް ޕްރެޝަރު އަކީ ލޭގެ ސިސްޓޮލިކް ޕްރެޝަރު އާއި ، ޑަޔަސްޓޮލިކް ޕްރެޝަރު އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރު ދެނެގަނެވިދާނެއެވެ.

ޕަލްސް ޕްރެޝަރު 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ. 

ޑެންގީ ހެމޮރޭޖިކް ހުން ޖެހިފައިވާ މީހެއްގެ ލޭގެ ޓެސްޓުން : ލޭގެ ހުދު ސެލް ކައުންޓް 5000/ކިއުބިކް މިލިމީޓަރަށް ދަށްވުން، ނިސްބަތުން ލިމްފޮސައިޓް ގިނަވުން، އޭޓިޕިކަލް ލިމްފޮސައިޓް ގިނަވެފައިހުރުން މިކަންތައްތަކަކީ އަންނަންއޮތް 24 ގަޑިއިރުގެ ތެރޭގައި ހުން ވީއްލާލުމާއެކު ކްރިޓިކަލް ޕީރިއަޑް ފެއްޓޭނެކަން ދައްކުވައިދޭ ހެކިތަކެކެވެ. 	

މިއިން އެއްވެސް އަލާމާތެއް ފެންނަން ނެތްނަމަ ކުރަންވީ ކަންތައްތައް، ކޮށްގެން ނުވާނޭ ކަންތައްތައް، އަަދި ބަލި ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނޭގޮތް، ބެލެނެވެރިޔާ އަށް ކިޔާ ދިނުމަށްފަހު ބަލި ކުއްޖާ ނުވަތަ މީހާ ގެޔަށް ފޮނުވާލެވިދާނެ އެވެ. 

ނަމަވެސް ގެޔަށް ފޮނުވާލާއިރު، ކުއްޖާގެ ޙާލަތާ މެދު ހިތްހަމަ ނުޖެހޭނަމަ ނޫނީ މިކިޔާދެވުނު ކަންތައްތައް ބެލެނެވެރިންނަށް ފުރިހަމައަށް ނުކުރެވޭކަމަށް ފެންނަ ނަމަ އެކުއްޖަކު އެޑްމިޓް ކުރާށެވެ.

ހެލްތު ޕޯސްޓް ނޫނީ ޞިއްޙީ މަރުކަޒު ފަދަ ތަނެއްގައި ބާއްވައިގެން ފަރުވާދެމުން ގެންދާ ބަލި ކުއްޖެއްގެ ލޭގެ ޕްރެޝަރު ދާން ފަށައިފިނަމަ ނޫނީ އެކުއްޖެއްގެ ގައިން ޝޮކުގެ ނިޝާންތައް ފެންނަން ފައްޓައިފިނަމަ، ނޫނީ އެއްވެސް ތަނަކުން ލޭއަންނަކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކުއްޖަކު ހޮސްޕިޓަލަކަށް ރިފަރ ކުރާށެވެ. 

ޑެންގީ ހެމޮރޭޖިކް ހުން ޖެހިގެން ޝޮކަށްދާކުދިންނަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނައިރު ވެއްޖެނަމަ ލޭއައުން އިތުރުވެ، ގުރުދާ ފޭލްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް އެފަދަކުދިންގެ ހާލަތު ބަދަލުވެއެވެ.
މިބުނެވުނުފަދަ ނުރައްކާތެރި އަލާމާތެއް ހުރިތޯ ކޮންމެ 4 ގަޑިން ބެލުމާއި، އެފަދަ އަލާމާތްތައް ދެނެގަތުމާއި، ފަރުވާ ދިނުމުގެ ގާބިލްކަން ކުޑަކުދިންނަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ނަރުހުންނާއި، ޑޮކްޓަރުންގެ ކިބައިގައި ހުންނަން ވާނެއެވެ.

ލޭގެ އޮލަމިން ބެލުމަށް ބޭނުންވާނީ ސެންޓްރިފިއުޖް މެޝިނަކާއި، ބިއްލޫރި ކެޕިލަރީ ޓިއުބެކެވެ. ފަސޭހައިން ހަދާލެވޭ މިޓެސްޓްގެ ނަތީޖާ ވަގުތުން ބަލާލެވެއެވެ. 

ސެންޓްރިފިއުޖް ނެތްނަމަ ނުސީދާގެ ލޭގެ އޮލަމިން ހޯދާނީ ހީމްގޮލޮބިން ހުރިވަރުންނެވެ. ހީމްގޮލޮބިންގެ ޢަދަދު 3.2 އިން ގުނަކުރުމުން އަންނަ ވަރަކީ ލޭގެ އޮލަމިން އެވަގުތު ހުރިވަރެވެ. ނަމަވެސް ލޭގެ އޮލަމިން ހޯދަން އެންމެ ރަގަޅު ގޮތަކީ މިއީއެއް ނޫނެވެ. 

ލޭގައި ހުންނަ ފެނުގެ ބައި ނުވަތަ ޕްލާޒްމާ ލޭހޮޅިތަކުން ބޭރުވާނަމަ ލޭގެ ސެލްތައް ނިސްބަތުން ގިނަވާނެ އެވެ. އަދި ލޭ އޮލަވާނެއެވެ. 

އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް އައިވީ ފެން ނުދިނުމެވެ. ކުރިން ކިޔާދެވުނު ފަދައިން ބޭނުންވާ ވަރަށްވުރެ އިތުރަށް ނޫނީ އަވަހަށް އައިވީ ފެން ދެވޭނަމަ ލޭހޮޅި ތަކުން ޕްލާޒްމާ ބޭރުވާލެން ގިނަވެފައި އަވަސްވާނެއެވެ. މިގޮތަށް ލޭހޮޅިތަކުން ބޭރުގައި ފެން ހަރުލާން ފެށުމުން ލޯކައިރި ފޮއްސިވާނެ އެވެ. އަދި ބަނޑު ފުއްޕާނެއެވެ. ފަސޭހަ ކަމާއެކު ފުއްޕާމޭގެ ވަށައިގެންވާ ދުލިފަށް ގެ ތެރޭގައި ފެން ހަރުލާނެއެވެ. އަދި ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރާނެއެވެ. 

މިގޮތަށް ލޭހޮޅިތަކުން ފެންބޭރުވަމުންދާ ވަގުތު އައިވީ ފެން ދޭންވާނީ ލޭގެ ޕްރެޝަރު ދަށްވިޔަނުދީ ކިރިޔާ ހިފެހެއްޓޭ މިންވަރަށެވެ. މިގޮތަށް އައިވީ ފެން ދޭންވީ މިންވަރު ބެލުމަށްޓަކައި ބޭނުންކުރާ ތާވަލްތަކެއް ކުޑަކުދިންނަށް ފަރުވާ ދެއްވާ ޑޮކްޓަރުން ބޭނުން ކުރެއްވުމަށް ތައްޔާރު ކުރެވި ޝާއިޢުކުރެވިފައި ހުންނާނެ އެވެ. 

ލޭގެ އޮލަމިން ދަށަށް ދާނަމަ، އެއީ އެތެރެހައްޓަށް ލޭ ބޭރުވަމުންދާކަން އަންގުވައިދޭ ނިޝާނެކެވެ. މިސާލަކަށް ގޮހޮރުގެ ތެރެއަށް ލޭބޭރުވާއިރު ބޭރަކަށް ނުފެންނާނެއެވެ. މިގޮތަށް ބޭރުވާ ލޭފެންނާނީ ހޮނޑުލެވޭއިރު އެވެ. ނޫނީ ބޮޑުކަމުދެވޭއިރު އެވެ. މިގޮތަށް ގޮހޮރުގެ ތެރެއަށް ލޭބޭރުވާން ފެށުމުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އުޅޭނެ އެވެ. 

ބަލި ރަގަޅުވާން ފެށުމުން ލޭހޮޅިތަކުން ބޭރުވެފައި ހުރި ފެން އަނބުރާ ލޭހޮޅިތަކަށް ވަންނަށް ފަށައެވެ. މިމަރުހަލާގައި ލޭގެ އޮލަމިން ދާނީ ދަށަށެވެ. ބަލި ރަގަޅުވަމުން އައި ނަމަވެސް ބަލިމީހާގެ ކިބައިން އެއްވެސް ނުރައްކާތެރި އަލާމާތެއް ފެނޭތޯ ނަރުހުންނާއި ޞިއްޙީ އެހީތެރިން ބަލަމުން ގެންދަން ވާނެއެވެ.

މާބޮޑަށް ކަރުހިއްކުން، ނުވަތަ ދިޔާތަކެތި ބޯން ބޭނުންނުވުން، ނުވަތަ އެއްޗެއް ނުބޮވޭވަރަށް މޭނުބައިކޮށްފައި ހޮނޑުލެވުން: މިގޮތަށް ދިމާވުމުން ހަށިގަނޑުން ފެންމަދުވާނެކަން ވިސްނަން ވާނެއެވެ. 

މިއަލާމާތްތައް ހުރެއްޖެނަމަ އައިވީ ފެންދޭ މިންވަރު އިތުރުކުރަން ޖެހޭނެއެވެ. އެހެނީ މިއަލާމާތްތަކަކީ ބަލިމީހާގެ ލޭގެ ޕްރެޝަރު ދަށަށް ގޮސްފައި ހުރުމުގެ ސަބަބުން ނޫނީ އައިވީ ދެވޭވަރު މަދުވުމުން ފެންނަ ޝޮކުގެ އަލާމާތްތަކެވެ. 

މިދެންނެވި ކަންތައްތަކުގެ އިތުރުން ނަރުހުންނާއި ޑޮކްޓަރުން ތިރީގައިމިވާ ކަންތައްތައް ބަލަންވާނެއެވެ. 




#Article 335: އައިސާބީގެދަރު ދޮންބެއްޔާ (104 words)


ފަޟީލަތުލް ޢައްލާމަތުއްޝައިޚް އިބްރާހިމް ތަކުރުފާނު އައިސާބީގެ ދަރު ދޮންބެއްޔާ(1828-1916)އަކީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެއްބާނީއެވެ. އެތަކުރުފާނަކީ ދިވެހި ޢިލްމީ މުޖައްދިދުންގެ ތެރެއިން އެއް މުޖައްދިދެވެ. މިޒަމާނުގެ ތަޢުލީމުގެ ޙަރަކާތުގެ ތާރީޚް ފެށުނީ އައްޑޫގައި އެތަކުރުފާނުފެއްޓެވި ޢިލްމީ ތަޙްރީކުންނެވެ. އެކަލޭގެފާނަކީ ޢިލްމާއި ހުނަރުގެ އަދި އަޚްލާޤުގެ ނަމޫނާ ޝަޚްސިއްޔަތެކެވެ. ވާދޫ ދަންނަ ކަލޭގެފާނުގެ ޢިލްމީ ޙަރަކާތަށް އާދިރުމެއް ގެންނވައި އެޢިލްމު މިޒަމާނުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދެއްވި ރާއިދަކީ އެތަކުރުފާނުއެވެ. އެތަކުރުފާނުގެ ޢިލްމީ ސަނަދު އެކަލޭގެ ފާނުގެ ކާފައިކަލުނަވި އލްޢައްލާ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނާގެ މަގުން އަލްޢައްލާމަތު މުޙައްމަދު ޖަމާލުއްދީން ވާދޫ ދަންނަ ކަލޭގެ ފާނާ ގުޅިފައވެއެވެ. އެތަކުރުފާކީ ސ. މީދޫ އައިސާބީގެ ދަރު އަލްޚަޠީބު އައްޝައިޚް ޙުސައިން ތަކުރުފާނުގެ ދަރިކަލުންނެވެ. އަލްޤާޟީ މޫސާބަދުރުއްދީނު ފަނޑިޔާރު ތަކުރުފާނަކީ އެކަލޭގެފާނުގެ ބޭބޭފުޅެވެ. 
ޝައިޚް އިބްރާހިމް ތަކުރުފާނުގެ ދަރިވަރުންގެ ތެރޭގައި ޝައިޚް ޙުސައިން ސަލާޙުއްދީން، ޝައިޚް ޢަބްދުއްރަޙްމާނު، ޝައީކް އިބްރާހިމް ލުޠްފީ،އެތަކުރުފާނުގެ ދަރިކަލުން އަޙްމަދުދީދީ ފަދަ ފުންނާބު އުސް ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. 




#Article 336: ޖިހާދު (454 words)


ޖިހާދު، މިލަފްޒުގެ މާނައަށް ބަލާއިރު ބަހުގެ މާނައަކީ ކަމަކާއި މެދު އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަށް މަސައްކަތް ކުރުމެވެ. ނުވަތަ ތިމާގެ ދުޝްމަނަކާއި އެއްވެސް ޖެހިލުމެއް ނެތި ކުރިމަތިލުމެވެ.

ޝަރީޢަތުގެ އިސްތިލާހުގައި ޖިހާދުގެ މާނައަކީ، މީހެއްގެ ވަރުގަދަކަމާއި ކުޅަދާނަކަން ތިމާ އީމާންވެގެން ހުރި ހައްޤުގޮތް ކުރިއެރުވުމުގައި (ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމުގައި) ހޭދަކުރުމެވެ. އެއީ ފުރާނައިގެ ގޮތުގައި ވިޔަސް، ފަސާދަ އާއި ނުބައި ކަންތައްތަކުން މީސްތަކުން ރައްކާތެރި ކުރުމުގައްޔާއި، ކެރިގެން ދުޝްމިނަކާއި ކުރިމަތި ލުމުގައްޔާއި، ތަފާތު އެކި ގޮތްގޮތުން (ސިޔާސީ ގޮތުންނާއި އަސްކަރީގޮތުން އަދި އިޖްތިމާޢީ ގޮތުން) ދުޝްމިނާ ނައްތާލުމާއި، އިސްލާމްދީނަށް ނަޞްރު ދިނުމެވެ. އެހެން ގޮތަކުން ދަންނަވަނީ ނަމަ ޖިހާދުގެ މާނައަކީ، އިންސާނާގެ މަތިން އިންސާނާގެ ވެރިކަން ފުހެލައި، އެއްކައުވަންތަ ﷲގެ ވެރިކަން ޤާއިމްކުރުމެވެ.

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވަނީ ޖިހާދު 13 ބަޔަށް ބައްސަވާފައެވެ. ވިދާޅުވިއެވެ.

ފަހެ ޖިހާދު ބެހިގެންވަނީ 4 ބައަކަށެވެ. އެއީ ނަފްސުގެ ޖިހާދާއި، ޝައިޠާނާ އާއި ދެކޮޅަށް ކުރާ ޖިހާދާއި، ކާފަރުންނާއި ދެކޮޅަށް ކުރާ ޖިހާދާއި އަދި މުނާފިޤުންނާއި ދެކޮޅަށް ކުރާ ޖިހާދެވެ.

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވިދާޅުވިއެވެ.

ފަގެ ނަފްސުގެ ޖިހާދުވެސް އެފަދައިން 4 ބައަކަށް ބެހިގެންވެއެވެ:

ފުރަތަމައީ: ① ހިދާޔަތާއި، ޙައްޤު ދީނުގެ ޢިލްމު ދެނެގަތުމުގައި ނަފްސާ ކުރާ ޖިހާދެވެ. އެ ޢިލްމަކީ، އެއާއި ލައިގެން މެނުވީ އެ ނަފްސަށް ކާމިޔާބުލިބުމެއް ނުވާ، އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެއްވެސް ނުވާ ޢިލްމެވެ. އަދި އެ ޢިލްމު ފާއިތުކޮށްފިމީހާ، ފަހެ އޭނާ ދެދުނިޔޭގައިވެސް އަބާއްޖަވެރިވެގެން ވެއެވެ.

ދެވަނައީ: ② (ހިދާޔަތާއި، ޙައްޤު ދީނުގެ) ޢިލްމު އެނގުމަށްފަހުގައި އެއަށް (އެދީނަށް) ޢަމަލުކުރުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ. ޢަމަލަކާއި ނުލައި ހަމައެކަނި ޢިލްމެއް އެނގުމުން، އެއިން ގެއްލުމެއް ނުވިޔަސް، ފައިފާއެއް ވެސް އެއަކުން ނުކުރާނެއެވެ.

ތިންވަނައީ: ③ އެއަށް ދަޢުވަތުދިނުމާއި އެ ނޭނގޭ މީހުންނަށް އުނގަންނައިދިނުމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ. އެހެންނޫނީ، އޭނާ ވާހުށީ ބަޔާންވެގެންވާ ތެދުމަގާއި ހިދާޔަތު اﷲ ބާވައިލެއްވުމަށްފަހުގައި އެ ވަންހަނާ ކުރާ މީހުންގެ ތެރެއިންނެވެ. އޭރުން އެ ޢިލްމަކުން އޭނާއަށް މަންފާއެއް ނުކުރާނެއެވެ. އަދި އެ ޢިލްމު، اﷲގެ ޢަޛާބުން އޭނާ ނަޖާއެއްވެސް ނުމެކުރާނޭމެއެވެ.

ހަތަރުވަނައީ: ④ اﷲގެ މަގަށް ދަޢުވަތުދިނުމުގައި ދިމާވެދާނޭ ދަތިތަކާއި، މީސްތަކުންގެ ފަރާތުން ކުރިމަތިވެދާނޭ ގެއްލުމަކަށް ކެތްތެރިވެ اﷲ އަށްޓަކައި އެ ހުރިހައި ކަމެއް އުފުލުމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ 

ދެންފަހެ މި ހަތަރު މަރާތީބު ފުރިހަމަ ވުމަށްފަހުގައި އޭނާ الربانيون ގެތެރެއިން ވެދާހުއްޓެވެ. އަދި ޢިލްމުވެރިޔާ އޭނާއަށް ޙައްޤު އެނގި އެއާއި އެއްގޮތަށް ޢަމަލުކޮށް އެ އުނގަންނައިދިނުމުން މެނުވީ އޭނާއަށް ރައްބާނީ އެކޭ ނަންދިނުން ޙައްޤުވެގެން ނުވާކަމަށް ސަލަފުންވަނީ އިޖްމާޢުވެވަޑައިގެންފައެވެ. ޢިލްމު ލިބިހުރެ އެއަށް ޢަމަލުކޮށް އެ އުނގަންނައިދޭ މީހާ، ފަހެ އުޑުތަކުގެ މަލަކޫތުގައި އޭނާގެ މަތިވެރިކަމުގެ ދަޢުވާ ކުރެވޭނެއެވެ.

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވިދާޅުވިއެވެ.

ޖިހާދުއްޝައިޠާން އާއި މެދުގައި ދަންނާށެވެ. އެ ދެ މަރުތަބާއަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ⑤ ތިމާގެ އީންމާތެރިކަން ނައްތާލުމަށްޓަކައި އަންނަ ޝުބުހާތުތަކާއި ޝައްކުތަކުން ދިފާޢުވެ އެކަންކަން ދުރަށް ޖައްސާލުމެވެ.

ދެވަނައީ: ⑥ ޝައިޠާނާ ވަސްވާސްދޭ ފާސިދު ކަންތައްތަކާއި ޝަހުވަތްތަކަށް ފުރަގަސްދީ އެއިން ދިފާޢުވުމެވެ.

ފަހެ އޭގެ ފުރަތަމަ ވައްތަރުގެ ޖިހާދާ ގުޅިގެން އަންނާނީ އީމާންކަމުގެ ޔަޤީންކަމެވެ. ދެވަނަ ވައްތަރު ޖިހާދާ ގުޅިގެން އަންނަނީ ކެތްތެރިކަމެވެ.

اﷲ تعلى ވަޙީކުރެއްވިއެވެ.

﴿ وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا وَكَانُوا بِآيَاتِنَا يُوقِنُونَ ﴾ السجدة: ٢٤

މާނައީ: އަދި އެބައިމީހުން ކެތްތެރިވީހިނދު، ތިމަންއިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންތަކެއް ތިމަންއިލާހު އެބައިމީހުންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންއިލާހުގެ އާޔަތްތަކާމެދު ޔަޤީންކުރާ ކަމުގައި އެބައިމީހުންވިއެވެ.

اﷲ އަންގަވަނީ ދީނުގައި އިމާމަތު (ވެރިކަން) ވާހުށީ ކެތްތެރިކަމާއި އީމާންކަމުގެ ޔަޤީންކަމާއި ލައިގެން ކަމަށެވެ. ކެތްތެރިކަމުން ޝަހުވަތްތައް ދުރުކޮށްދެއެވެ. އަދި އަދި ޔަޤީންކަމުން ޝައްކުތައް ދުރުކޮށްދެއެވެ.

އަލްއިމާމް އިބްނު ޤައްޔިމް އަލްޖައުޒިއްޔާ ވިދާޅުވިއެވެ.

ކާފަރުންނާއި މުނާފިޤުންނާއި ދެކޮޅަށް ކުރާޖިހާދުގައި ހަތަރު މަރާތިބު ވެއެވެ.

ކާފަރުންނާއި ޖިހާދުކުރުން ބޮޑަށް ޚާއްޞަވެގެންވަނީ އަތުންނެވެ. އަދި މުނާފިޤުނަނާއި ޖިހާދުކުރުން ބޮޑަށް ޚާއްޞަ ވެގެންވަނީ ދުލުން ކުރުމަށެވެ.

އަނިޔާވެރިންނާއި ބިދުޢަވެރިންނާއި މުންކަރާތުގެ އަހުލުވެރިންނާއި ދެކޮޅަށް ކުރާ ޖިހާދާއި މެދުގައި ދަންނާށެވެ! ފަހެ ފަ އެ ބެހިގެން ވަނީ 3 މަރުތަބާއަކަށެވެ.

ފުރަތަމައީ: ⑪ ކުޅަދާނަވެގެންވާނަމަ އަތުންނެވެ. އެކަމަށް ނުކުޅެދިއްޖެނަމަ (ދެވަނައަށް:) ⑫ ދުލުންނެވެ. އަދި އެކަމަށް ވެސް ނުކުޅެދިއްޖެ ނަމަ އޮތީ ⑬ ހިތުން ޖިހާދު ކުރުމެވެ. (އެބަހީ: އެހަމާއި ނުރުހުންތެރިވެ އެކަމަކީ ނުބައި ކަމެއްކަމުގައި ދެކުމުންނެވެ.)




#Article 337: ރަގަޅު ކާނާ (686 words)


ރަގަޅު ކާނާއަކީ ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމަށްޓަކައި ކޮންމެ އިންސާނަކަށްމެ ލާޒިމް އެއްޗެކެވެ. ކުޑަ ދަރިފުޅު ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ބަރާބަރަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިބެންޖެހެއެވެ. އެހެން ނޫނީ އެކުއްޖާއަށް ދުޅަހެޔޮ ގޮތުގައި ބޮޑުވުމުގެ ފުރުޞަތު ހަނިވެގެންދެއެވެ. 

ކާނާ ބެހިގެންވާ މައިގަނޑު ބައިތަކަކީ:

މިދެންނެވި ބައިތައް ހަށިގަނޑަށް ފުރިހަމައަށް ކާތަކެތީގެ ޒަރީޢާއިން ހަމަހަމަ ގޮތެއްގައި ފޯރުކޮށް ދެވޭނަމަ އެމީހެއްގެ ހަށިގަނޑު ދުޅަހެޔޮވެފައި، ރަގަޅުވާނޭކަން ޔަގީނެވެ. 

ކާބޯ ހައިޑްރޭޓުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ދަގަނޑު، ވިޓަމިން-ބީ، އަދި ފައިބަރު ލިއްބައިދެއެވެ. ކާބޯ ހައިޑްރޭޓް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ގޮދަން، ފިއްތި ގޮދަން، ހިމަގޮދަން، ޒުވާރި، ދޮނަޅަ، ޕާސްޓާ، ނޫޑްލްސް، އަދި އަލުއްވާއި، ބިސްކޯދު ފަދަ ބާވަތްތައް ހިމެނެއެވެ. 

ޕްރޮޓީން އަކީ ހަށިގަނޑު ހެދިބޮޑުވުމުގައި ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަށިގަނޑުގައިވާ އެކިއެކި ގުނަވަންތައް، މަސްތައް، އެންޒައިމް ތަކާއި، ހޯރމޯންތައް އުފެދުމުގައި ޕްރޮޓީން ބައިވެރިވެއެވެ. ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަހާއި، ކަނޑުމަސް، ކިރު، ހިކި ތޮޅި، ޕީނަޓް ބަޓަރު، ބިސް، އަދި ބަދަން ފަދަ ބާވަތްތައް ހިމެނެއެވެ. 

ފެޓް ނުވަތަ ސަރުބީ ހަށިގަނޑަށް ބޭނުންވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންކަމުން މާގިނައިން ފެޓް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ރަގަޅުކަމެއް ނޫނެވެ. ފެޓް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކިރު، ތަރުކާރީ ތެޔޮ، ޕީނަޓް ބަޓަރު، އަދި މާޖިރީން ފަދަ ކާނާގެ ބާވަތްތައް ހިމެނެއެވެ.

މޭވާއާއި ތަރުކާރީ އަކީ ހަށިގަނޑަށް ބޭނުންވާ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް ފޯރުކޮށްދޭ މައިގަނޑު އެއް މަޞްދަރެވެ. އެހެން ކަމުން ދުވާލަކު މަދުވެެގެން ދެފަހަރު މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މޭވާއާއި ތަރުކާރީގައި ވިޓަމިން-އޭ، ވިޓަމިން-ސީ، ދަގަނޑު، ފައިބަރުމ ޕޮޓޭސިއަމް، އަދި ފޮލިކް އެސިޑް ފަދަ މާއްދާތައް ހިމެނެއެވެ. ތަރުކާރީ ބޭނުންކުރުމުގައި ރޯކޮށް ހުއްޓައި ބޭނުންކުރެވިދާނެއެވެ. ނުވަތަ އިރުކޮޅަކު ފެނުގައި ކައްކައިގެން ވެސް ބޭނުންކުރެވިދާނެއެވެ. މާގިނައިރު ކެއްކުމުން ތަރުކާރީގައި ހިމެނޭ ފައިދާހުރި މާއްދާތައް ފެނުގެ ތެރެއަށް ބޭރުވެގެންދާކަމަށް ކާނާގެ މާހިރުން ވިދާޅުވެއެވެ. ކިރާއި ކިރު އެކުލެވޭ އުފެންދުންތަކުން ހަށިގަނޑަށް ޕްރޮޓީން، ކެލްސިއަމް، ވިޓަމިން-އޭ، އަދި ވިޓަމިން-ޑީ ލިއްބައިދެއެވެ.

ތަފާތު ވިޓަމިން ތަކަކީ ވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. ވިޓަމިން-އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދޭ އެންޓި އޮކްސިޑެންޓެކެވެ. މީގެ އިތުރުން ލޮލުގެ ފެނުން ރަގަޅު ކޮށްދީ، ހަންގަނޑު ރައްކާތެރިކަންމަތީ ބެހެއްޓުމަށާއި، ކަށިތަކުގެ ހެދި ބޮޑުވުމަށް ވެސް ވިޓަމިން-އޭ ބޭނުންވެއެވެ. ވިޓަމިން އޭ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކެރެޓް، ކައްޓަލަ، ބިސް، ބްރޮކޮލީ، ސްޕިނެޗް އަދި ބައެއް ކަހަލަ ފަތުގެ ބާވަތްތައް ހިމެނެއެވެ. 

ވިޓަމިން-ބީ އަކީ އޭގައި ތަފާތު ވައްތަރުތައް ހިމެނޭ ވިޓަމިނެކެވެ. މިގޮތުން ވިޓަމިން-ބީ6 އަކީ ލޭގެ ރަތް ސެލްތައް އުފެދުމަށާއި، ސިކުނޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ދޮންކޭލަކީ ވިޓަމިން-ބީ6 ހިމެނޭ ކާނާގެ މިސާލެކެވެ. ވިޓަމިން-ބީ12 އަކީ ލޭގެ ރަތް ސެލްތައް އުފެދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަ ކަންމަތީ ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން-ބީ12 ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ. ވިޓަމިން-ބީގެ ތެރޭގައި ހިމެނޭ ރައިބޯފްލެވިން އަދި ސިއެމިން އަކީ ވެސް ކުޑަދަރިފުޅުގެ ހަށިގަނޑުގައި އެކިއެކި ބައިތައް އުފެދުމުގައި އެހީތެރިވެދޭ މާއްދާތަކެކެވެ.

ވިޓަމިން-ބީގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްވައްތަރަކީ ފޮލިކް އެސިޑެވެ. ފޮލިކް އެސިޑަކީ ސިކުނޑި އާއި، އޭގެ ވަށައިގެންވާ ފަށަލަތައް، އަދި މައިބަދައިގެ ތެރޭގައިވާ ސްޕައިނަލް ކޯޑްގައި އުފެދޭ ޢައިބުތަކުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި އެހެނިހެން ޢައިބު ތަކުން ނަޖާވުމުގައި ވެސް ފޮލިކް އެސިޑްގެ މުހިއްމު ދައުރެއްވާކަމަށް ގަބޫލު ކުރެވެއެވެ. ފޮލިކް އެސިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ތޮޅި، ފަޅޯ، ފުށް، ހަނޑޫ، ޕާސްޓާ، ގެރިމޭ، ކުކުޅު އަދި ކުކުޅު ބިހުގެ ގޮބޮޅި ފަދަ ބާވަތްތައް ހިމެނެއެވެ. 

ވިޓަމިން-ސީ އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަންގަނޑާއި، ކަށިތައް، ދަތްތަކާއި ހިރުގަނޑު ސަލާމަތް ކަންމަތީ ބެހެއްޓުމުގައި ވިޓަމިން-ސީ ބައިވެރިވެއެވެ. ވިޓަމިން-ސީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އޮރެންޖް، ފަޅޯ، ސްޓޯބެރީ، ކަރާ، ޓޮމާޓޯ، މިރުސް، ކައްޓަލަ، ބޮޑި ކޮޕީ، އަދި ބްރޮކޮލީ ފަދަ ބާވަތްތައް ހިމެނެއެވެ. 

ދަތްތަކާއި ކަށިތަކުގެ ދިރުމަށް ވިޓަމިން-ޑީ ބޭނުންވާއިރު މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅުގެ ސެލްތަކާއި، ޓިޝޫތައް އަދި ފުއްޕާމޭ ހެދިބޮޑުވުމަށް ވިޓަމިން-އީ ބޭނުންވެއެވެ. ކިރާއި، ޔޯގަޓް، ޗީޒް އަދި ޕާން ގައި ވިޓަމިން-ޑީ ހިމެނިގެންވާއިރު، ގޮދަން، ފެހިފަތާއި ތަރުކާރީ، އަދި ބަދަން ފަދަ ބާވަތްތަކުގައި ވިޓަމިން-އީ އެކުލެވިގެންވެއެވެ. 

ރަގަޅު ކާނާގެ ތެރޭގައި ހިމެނޭ މަޢުދަންތަކުގެ ތެރެއިން ދަގަނޑަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ބޭނުންވާ މާއްދާއެއް ކަމުގައިވާ ހީމޯގްލޯބިން އުފައްދަނީ ދަގަނޑުންނެވެ. ހަމަމިހެން ކަށިތަކާއި ދަތްތަކުގެ ދިރުމަށް ވެސް ދަނގަޑު ބޭނުންވެއެވެ. ދަނގަޑު އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ހިކި މޭބިސްކަދުރު، ފެހިކަން ގަދަ ތަރުކާރީ، އަދި އެއްގަމުގެ މަހުގެ ބާވަތްތައް ހިމެނެއެވެ. 

ކެލްސިއަމް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި މަޢުދަނެކެވެ. ދަތްތަކާއި ކަށިތައް އުފެދި ފުރިހަމަ ވުމުގައި ކެލްސިއަމް ބައިވެރިވެއެވެ. މީގެ އިތުރުން ނާރުތަކާއި މަސްތަކުގެ ވަޒީފާ ފުރިހަމަ ކުރުމުގައި ވެސް މުހިއްމު ދައުރެއް ކެލްސިއަމް އަދާކުރެއެވެ. ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި ކިރު އެކުލެވޭ އުފެންދުންތައް، ހިކިތޮޅި، ބަދަން، އަދި ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. ރަގަޅު ކާނާގެ ތެރޭގައި ހިމެނޭ އެހެން ބައެއް މަޢުދަންތަކުގެ ތެރޭގައި ޒިންކް، ޕޮޓޭސިއަމް، އަޔޮޑިން، އަދި ފޮސްފަރަސް ފަދަ ބާވަތްތައް ހިމެނެއެވެ.

ކާނާގެ ތެރޭގައި މިދެންނެވި ހުރިހާ ބާވަތްތަކެއްގެ އިތުުރުން ދިޔާތަކެތި ހިމަނަންޖެހެއެވެ. މިގޮތުން ސާފު ބޯފެނާއި، ތަފާތު ބާވަތްތަކުގެ މޭވާ އަދި ތަރުކާރީ ޖޫސް، ކިރު ހިމަނަންޖެހެއެެވެ. ދިޔާތަކެތި ބޭނުންކުރުމަކީ ގުރުދާއާއި ކުޑަކަމުދާ ނިޒާމްގެ މައްސަލަަތައް ކުޑަކޮށްދީ، ހަޖަމުކުރާ ނިޒާމުގެ މައްސަަލަތަކަށް ލުއިކަން ގެނެސްދޭކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގެ އެތެރޭގެ އެކިއެކި ގުނަވަންތައް ބަރާބަރަށް އޭގެ ވަޒީފާ އަދާކުރުމަށް ވެސް ދިޔާތަކެތި ބޭނުންވެއެވެ. ދުވާލަކު މަދުވެގެން 8 ނުވަތަ 10 ތަށީގެ ދިޔާތަކެތި ބުއިމަކީ ރަގަޅު ކަމެކެވެ. ދިޔާތަކެތި ބޯއިރު ކޮފީއާއި ކަޅުސައި ފަދަ ކެފޭއިން އެކުލެވޭ ބުއިންތައް މަދުކުރަންޖެހެއެވެ. އެއީ މިފަދަ ތަކެތީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު ދަށްކުރުވާތީއެވެ. 

ބައިނަލް އަގްވާމީ ފެންވަރެއްގައި ކާނާގެ ބައިތައް 6 ބަޔަކަށް ބަހާލެވިފައިވާ ފުޑް ޕިރަމިޑެއް ހެދިފައިވެއެވެ. މިޕިރަމިޑްގެ އެކިބައިތަކުގައި ރަގަޅުކާނާގެ ހުރިހާ ބައިތަކެއް ހިމަނާފައިވެއެވެ. މިޕިރަމިޑް ބަހާލެވިފައިވާ ކާނާގެ މައިގަނޑު ބައިތަކަކީ ގޮވާމުގެ ބާވަތްތައް، ތަރުކާރީގެ ބާވަތްތައް، މޭވާގެ ބާވަތްތައް، ކިރާއި ކިރު އެކުލެވޭ އުފެންދުންތައް، ތެލާޢި ސަރުބީ ހިމެނޭ ބާވަތްތައް، އަދި މީގެ އިތުރުން ޕްރޮޓީން އެކުލެވޭ ބާވަތްތައް ހިމެނެއެވެ.




#Article 338: ޞިއްޙި ރަގަޅު ޢާދަތައް (471 words)


ޞިއްޙަތު ސަލާމަތުން ހުރުމަކީ ދިރިހުރުމަށް ކޮންމެ މީހަކަށްމެ ބޭނުންވާނެ އެންމެ މުހިއްމު އެއް ކަންތަކެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުރެވޭނީ ޞިއްޙީ ގޮތުން ރަގަޅު ޢާދަތަކެއް އަޅުގަނޑުމެންގެ ކިބައިގައި ހުރެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޞިއްޙީ ގޮތުން ރަގަޅު ޢާދަތަކެއް ހިފެހެއްޓިގެންނެވެ. 

ޞިއްޙީ ގޮތުން ރަގަޅު ޢާދަތަކުގެ ތެރެއިން ދުވާލަކު ދޭއް ނުވަތަ ތިން ފަހަރު ދަތް އުގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ހެދުނު ހޭލައިގެންނާއި، އަދި ނިދަން އޮށޯތުމުގެ ކުރިން ދަތްޕިލަ ރަގަޅަށް ސާފުކޮށް އުގުޅަން ވާނެއެވެ. ދަތްޕިލަ  ރަގަޅަށް އުގުޅައި ސާފުކުރުމަކީ ދަތް ފަނިކެއުމުން ހިމާޔަތްކޮށްދީ،  ހިރުގަނޑުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ދަތްފިލަ ނުއުގުޅައި ސާފު ނުކޮށް ގިނައިރު ބަހައްޓައިފިނަމަ އަގައިން ނުބައި ވަސް ދުވާގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ގައި އުޅޭއިރު އެފަދަ މީހުންގެ ފުށުން އެހެން މީހުންނަށް ނުތަނަވަސްކަން ކުރިމަތިކުރުވައެވެ. ހަމަ މިހެން ދަތްތައް ރަގަޅައި އުގުޅައި ސާފުކުރުމަކީ އަނގައިގެ ޞިއްޙަތު ރަގަޅުކޮށްދީ ދަތްތައް ދިގުމުއްދަތަކަށް ރައްކާތެރިކަން މަތީ ދެމެހެއްޓުމަށް އެހީތެރި ވެދޭނެ ކަމެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ހެދުނު ހޭލައިގެން ދަތް ނުއުގުޅައި ސައިބޮއިފިނަމަ ދަތްތަކުގެ ދޭތެރޭގައި ބެކްޓީރިއާ ފަދަ ޖަރާސީމް އަށަގަތުން އިތުރުވެ، ދަތް ފަނިކެއުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ދަތްޕިލަ އުގުޅައި ސާފު ކުރުމުގައި ފްލޮރައިޑް އެކުލެވޭ ދަތް އުގުޅާ ބޭހެއް އިޚްތިޔާރު ކުރުން މުހިއްމެވެ. އެއީ މިކަމުގެ ސަބަބުން އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާ ތައް ނެތިދިއުމަށް މަގުފަހިވެގެންދާތީ އެވެ. 

ކެއުމުގެ ކުރިންނާއި އަދި ފާޚާނާ ކުރުމަށްފަހު ދެއަތް ސާބޯނިލައިގެން ރަގަޅަށް ދޮވެ ސާފުކުރުމަކީ ވެސް ޞިއްޙީ ރަގަޅު ޢާދައެއްގެ ގޮތުގައި ކުރެވިދާނެ ކަމެކެވެ. މިގޮތަށް ޢަމަލު ކުރަން ޖެހެނީ ބެކްޓީރިއާ، ވައިރަސް ފަދަ ޖަރާސީމްގެ ބާވަތްތަކަކީ އަހަރެމެންނަށް ލޮލަށް ނުފެންނަ ކުދިކުދި އެއްޗިއްސަށްވެފައި، އެތަކެތީގެ ފުށުން ފެތުރޭ ބަލިތަކުން ހަށިގަނޑު ހިމާޔަތް ކުރުމަށްޓަކައެވެ. 

ތިމާގެ ހަށިގަނޑާއި، ތިމާ ބޭނުންކުރާ އަންނަ އުނާއި، އުޅޭތަން ސާފުކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މިއީ އިސްލާމް ދީން ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަންތައް ތަކެކެވެ. ހަށިގަނޑު ސާފުތާހިރު ކަމަކީ މުޖުތަމަޢެއްގެ އުޅޭއިރު އެހެން މީހުންނަށް ތިމާގެ ފުށުން އުދަގުލެއް ވިޔަ ނުދިނުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި މީގެ އިތުރުން ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ކަސްއެޅުން ފަދަ ހަމުގެ ބަލިތަކާއި އަދި އެެހެނިހެން އެތަކެއް ބަލިތަކުން މިންޖު ކުރުވާނޭ ކަމެކެވެ. 

ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރި ވުމަކީ ވެސް ޞިއްޙީ ރަގަޅު ޢާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  ވަރަށް ގިނަ ބަލިތަކަކީ ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ވީހިނދު މިއީ ވަރަށް މުހިއްމު ކަމެކެވެ. ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާ، ވައިރަސް، ޕަރަސައިޓް، ފަދަ ޖަރާސީމްތަކުގެ ސަބަބުން ޖެހޭ ބަލިތައް ހިމެނެއެވެ. މިސާލަކަށް ބޭރަށް ހިންގުން، ކޮލެރާ، ޝިގެއްލާ، ހެޕަޓައިޓިސް، ފަދަ ބަލިތަކަކީ ކާބޯ ތަކެތީގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކެވެ. 

ކަސްރަތު ކުރުމަކީ ވެސް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ހިފެހެއްޓިދާނެ ޞިއްޙީ ރަގަޅު ޢާދައެކެވެ. ކަސްރަތު ކުރުމުގެ ގޮތުން ތަފާތު އެކި ކަންތައްތައް ކުރެވިދާނެއެވެ. މިސާލަކަށް ކަސްރަތު ލިބޭ ފަދަ ކުޅިވަރެއް ކުޅުން، ދުވާލަކު  ބައިގަޑިއެއްހާ އިރު ހިގާލުން، ފެތުން، ބައިސްކަލް ދުއްވުން ފަދަ ކަމެއް ކުރެވިދާނެއެވެ. އެމެރިކާގައި 13ހާސް މީހުން ބައިވެރިކޮށްގެން 8 އަހަރު ދުވަހުގެ މުއްދަތަށް ކުރި ދިރާސާއެއް ދައްކާގޮތުން ދުވާލަކު ބައިގަޑިއެއްހާ އިރު ކަސްރަތު ކުރުމުގެ ގޮތުން  ހިގާލާ ހަދާ މީހުން ކަސްރަތު ނުކުރާ މީހުންނަށްވުރެ ޢުމުރު ދިގުވެފައި، އަވަހަށް މަރުވުމުގެ ފުރުޞަތު ކުޑަވެއެެވެ. 

އާދަވެގެން ކަސްރަތު ކުރުމަކީ އެތަކެއް ބަލިތަކަކުން ރައްކާތެރިވެ ހުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ޢާދަކޮށް ކަސްރަތު ކޮށް ހަދާނަމަ، ހަކުރުބަލި، ޕްރެޝަރު މައްޗަށް ދިއުން، ހިތުގެ ބަލިތައް، ސްޓްރޯކްޖެހުން، ފަލަވުން، އަދި ބަނޑުހިކުން ފަދަ ބަލިތަކާއި ދުރުކޮށްދީ އެކަންކަމުން ރައްކާތެރިކޮށްދެއެވެ. 

ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާގެ ބާވަތްތައް ކެއުމުގައި ހިމަނަންޖެހެއެވެ. ޚާއްޞަކޮށް ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކެއުމެއް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އެޅޭ ހަރުދަނާ ބިންގަލެއްކަން ޔަގީނެވެ. ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން،މޭވާ އާއި ތަރުކާރީ، ވިޓަމިން، އަދި ތަފާތު ވައްތަރުގެ މަޢުދަން ތަކާއި، ދިޔާތަކެތި ހިމެނެއެވެ. 

ތިމާގެ ހަންގަނޑަށް ފަރުވާތެރިވެ އަޅާލުމަކީ ވެސް ވަރަށް ވެސް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ގަދަ އަތްވާއި ހޫނުގައި މަސައްކަތްކުރާ މީހުން އިރުން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތަކުން މިންޖުވެހުރުމަށް ވީވަރަކުން ހަށިގަނޑު ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ގަދަ އަވީގެތެރޭގައި ގިނައިރު އުޅުމަކީ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމަކަށްވާތީ އެވެ. 




#Article 339: ޓޯގޯ (340 words)


ޓޯގޯ ނުވަތަ ޓޯގޯލީޒް ރިޕަބްލިކަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ޓޯގޯގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޓޯގޯލީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލޮމޭއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ޖުމްހޫރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 101 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 56785 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tg. އެވެ. ކޯލިން ކޯޑަކީ +228 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ފްރޭންކެވެ.

ޓޯގޯގެ ރަސްމީ ނަމަކީ ޓޯގޯލީޒް ރިޕަބްލިކްއެވެ. 

ޕަޕުއާ ނިއު ގިނީގެ އެއްބަޔަކީ ނިއު ގިނީ ޖަޒީރާގެ އިރުމަތީ ބައެވެ. މި ޖަޒީރާގެ ހުޅަނގު ބައި އޮންނަނީ އިންޑޮނޭޝީޔާގެ ބައެއްގެ ގޮތުގައެވެ. އެއީ އިންޑޮނޭޝިޔާގެ ޕަޕުއާ ޕްރޮވިންސާއި ވެސްޓް ޕަޕުއާ ޕްރޮވިންސުގެ ގޮތުގައެެވެ. 

މީލާދީން 11 ވަނަ ޤަރުނާއި 16 ވަނަ ޤަރުނާ ދެމެދު އެތައް ޤަބީލާއެއްގެ މީހުން ޓޯގޯއަށް، އެކި ފަރާތް ފަރާތުން ވަނެވެ. މި ގޮތުން ނައިޖީރިއާ އާއި ބެނީނުން ވަން އީވުންނާއި، ގަނާއިން ވަން މިނާއިންނާއި ގުއިނުން ފާހަގަކޮށްލެވެއެވެ.
މި މީހުންގެ ތެރެއިން ގިނަ މީހުން ވަޒަންވެރިވެފައިވަނީ ޓޯގޯގެ އައްސޭރި ފަށުގައެވެ. 16 ވަނަ ޤަރުނުގައި އަޅުންގެ ވިޔަފާރި ފެށިގެން ދިޔައިރު، އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިނާ ޤަބީލާގެ މީހުންނަށެވެ. 

މީލާދީން 1905 ވަނަ އަހަރުން ފެށިގެން ޓޯގޯއަކީ ޖަރުމަނުގެ ކޮލޮނީއަކަށް ވެގެންދިޔައެވެ. އެއީ ޓޯގޯލޭންޑުގެ ނަމުގައެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިން ޖަރުމަނުން ބަލިވުމާ ގުޅިގެން ފަރަންސޭސީންނާއި އިނގިރޭސީން މިތަނަށް ވަނެވެ. އަދި މިތަން ވެގެން ދިޔައީ ފަރަންސޭސީންނާއި އިނގިރޭސީން ބަލަހައްޓާ، ލީގް އޮފް ނޭޝަންސްގެ މޭންޑޭޓެއް ކަމުގައެވެ. 
ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި މިތަން ވެގެން ދިޔައީ އ.ދ ގެ ޓްރަސްޓް ޓެރިޓަރީއަކަށެވެ. އިނގިރޭސީންގެ އަތްދަށުގައި އޮތް ޓޯގޭ މިނިވަން ގާނާއާ ގުޅުމަށް ވޯޓުލައިގެން އެގޮތަށް ގުޅިގެން ދިޔައީއެވެ. ފަރަންސޭސީންގެ އަތް ދަށުގައި އޮތް ބައި ފަރަންސޭސި ވިލާތުގެ، އެހެނަސް ޒާތީ ވެރިކަމެއް އޮންނަ ތަނެއްގެ ގޮތުގައި ހަމަ ޖެހިގެން ދިޔައީއެވެ. 
ޓޯގޯއަށް ފަރަންސޭސީންގެ އަތްދަށުން މިނިވަންކަން ލިބިފައިވަނީ 27 އެޕްރީލް 1960 ގައެވެ. 

ޓޯގޯއަކީ މި ވަގުތު ދުނިޔޭގެ އާބާދީއަށް ބަލާއިރުގައި 101 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ޤައުމުގެ އާބާދީގެ ތެރެއިން 65% މީހުން ދިރިއުޅެނީ ރަށްފުށުގެ ސަރަޙައްދުގައެވެ. މައިގަނޑު ގޮތެއްގައި ބަލާއިރު ދަނޑުވެރިކަމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ. 

ޓޯގޯގެ އާބާދީގައި ގާތްގަނޑަކަށް ތަފާތު 40 ނަސްލެއްގެ މީހުން ދިރިއުޅެމުން ގެންދެއެވެ. އާބާދީގެ 29% މީހުންނަކީ ކިރިސްތިޔަނުންނެވެ. 20% މީހުންނަކީ މުސްލިމުންނެވެ. 51% މީހުންނަކީ އެނިމިސްޓިކް ޢަޤީދާތައް ގެންގުޅޭ މީހުންނެވެ. 

ޓޯގޯގެ ސަގާފަތުން ރަމްޒުކޮށް ދެނީ އެ ޤައުމުގެ އާބާދީގައި ހިމެނޭ ނަސްލުތަކުގެ މީހުންގެ ސަގާފަތްތަކެވެ. 
މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ އީވް މީހުންނާއި، މިނާ މީހުންނާއި، ތޭމް މީހުންނާއި، ޗަންބާ މީހުންނާއި، ކަބްރޭ މީހުންނެވެ. އިސްލާމް ދިނާއި ކިރިސްތިޔަން ދީނަށް ތަބާވާ މީހުން ތިބި ކަމުގައި ވިޔަސް ޓޯގޯގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އެނިމިސްޓިކް ޢަޤީދާތައް ޤަބޫލުކުރާ މީހުންނެވެ.

ޓޯގޯގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. މިއީ އެ ޤައުމުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން 65% މީހުން މަސައްކަތްކުރާ ދާއިރާއެވެ.




#Article 340: ލީބިޔާ (337 words)


ލީބިޔާއަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ލީބިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ލީބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަރާބުލްސްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ޖަމާހިރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 102 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 1.76 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ly. އެވެ. ކޯލިން ކޯޑަކީ +218 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ދީނާރެވެ.

ލީބިޔާގެ ރަސްމީ ނަމަކީ ގްރޭޓް ސޯޝަލިސްޓް ޕީޕަލްސް ލީބިޔަން އަރަބް ޖަމާހިރިއްޔާއެވެ. ޢަރަބި ބަހުން ކިޔަނީ އަލްޖަމާހިރިއްޔާ އަލްޢަރަބިއްޔާ އައްލީބިއްޔާ އައްޝަޢްބިއްޔާ އަލްއިޝްތިރާކިއްޔާ އަލްޢުޡްމާއެވެ. 

ލީބިޔާގެ އުތުރުގައި އޮތީ މެދުތެރޭ ކަނޑެވެ. ލީބިޔާގެ އިރުމަތީގައި އޮތީ މިޞްރެވެ. އިރުދެކުނުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ ޝާދާއި ނީޖަރެވެ. ހުޅަނގުގައި އޮތީ އަލްޖަޒާއިރާއި ތޫނިހެވެ. 

އާސާރީ ގޮތުން ހެކި ލިބޭ ގޮތުގައި ޢީސާއީ މީލާދުގެ 8000 އަހަރު ކުރީން ވެސް ލީބިޔާގައި މީހުން ދިރިއުޅުނެވެ. ލީބިޔާގައި ދިރިއުޅުނު އެންމެ ބޯދާ އެއް ދަރިކޮޅަކީ ބަރްބަރީންނެވެ. މި މީހުންނަކީ ގެރިބަކަރި ގެންގުޅުމާއި ދަނޑުވެރިކަން ކުރުމުގެ ހުނަރު ލިބިފައި ތިބި ބައެކެވެ.
އޭގެ ފަހުން ފީނީޤީންނާއި ކަރްތަގީނިއަނުންނާއި ޔޫނާނީންނާއި ފާރިސީންނާއި ރޫމީންނާއި ޢަރަބީންނާއި ތުރުކީންގެ އިތުރުން އިރުމަތީ ރޫމީން ވެސް ލީބިޔާގައި ވެރިކަން ހިންގާފައިވެއެވެ.
ރޫމީންނާއި ޔޫނާނީންގެ ބައެއް އާސާރީ ތަންތަން ފެންނަން ހުރި ކަމުގައި ވިޔަސް މި ޙަޟާރަތްތަކުގެ މާ ބޮޑު އަސަރެއް މިއަދުގެ ލީބިޔާއަކުން ފެންނާކަށެއް ނެތެވެ.
ލީބިޔާގައި އެންމެ ފުރަތަމައަށް ވިޔަފާރީގެ މަރުކަޒުތަކެއް ހަދާފައިވަނީ ފީނީޤީންނެވެ. ޔޫނާނީންގެ ބާރުގެ ދަށުގައި އޮތީ އިރުމަތީ ލީބިޔާއެވެ. 
މުސްލިމުން ލީބިޔާ ފަތަޙަކޮށްފައިވަނީ މީލާދީން 644 ވަނަ އަހަރުގައެވެ. މި ފަތަޙަ ފުރިހަމަ ވެފައިވަނީ މީލާދީން 655 ވަނަ އަހަރުގައެވެ. ދެން މި ސަރަޙައްދުވެގެން ދިޔައީ އުމަވީ ޚިލާފަތުގެ ދަށުގައި އޮތް ތަނަކަށެވެ.
މީލާދީން 1912 ވަނަ އަހަރުން 1927 ވަނަ އަހަރަށް ލީބިޔާ އޮތީ އިޓާލިޔަން ނޯ^ް އެފްރިކާގެ ގޮތުގައެވެ. ލީބިޔާއަށް ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 24 ޑިސެންބަރު 1951 ގައެވެ.

ލީބިޔާގެ ބިމާ އަޅާ ބަލާއިރުގައި ލީބިޔާގެ އާބާދީއަކީ ވަރަށް ކުޑަ އާބާދީއެކެވެ. އެހެނީ ލީބިޔާއަކީ ބިމުގެ ގޮތުން ބަލާއިރުގައި މުޅި ދުނިޔޭގައި ވެސް 17 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. 
ލީބިޔާގެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޤަބަލީ އަދި ޞަޙަރާއަށް ނިސްބަތްވާ ޢަރަބި ބަދަވީންނެވެ. ލީބިޔާގެ އާބާދީގެ 80% މީހުންގެ މާދަރީ ބަހަކީ ޢަރަބި ބަހެވެ. 
ލީބިޔާގެ އާބާދީގެ 97% މީހުންނަކީ މުސްލިމުންނެވެ. އާބާދީގެ 2% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 1% މީހުންނަކީ އެހެން ދީންތަކަށް ތަބާވާ މީހުންނެވެ.

ލީބިޔާގެ ސަގާފަތަކީ މަޣުރިބުގައި ހިމެނޭ އަވަށްޓެރި ޤައުމުތަކުގެ ސަގާފަތްތަކާ ވަރަށް އެއްގޮތްކަން ބޮޑު ސަގާފަތެކެވެ. ލީބިޔާ މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަކީ ޢަރަބީންގެ ބިޔަ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ބައެކެވެ. މިކަން ދެމެހެއްޓުމުގެ ގޮތުން އެމީހުން ވަނީ ބަރްބަރީ ބަސް ބޭނުންކުރުމާއި އެ ބަހުން ކިޔަވައި ދިނުން ވެސް މުޅީން މަނާކޮށްފައެވެ. އަދި ލީބިޔާގެ ހަމައެކަނި ރަސްމީ ބަހަކީ ވެސް ޢަރަބި ބަހެވެ. ލީބިޔާއަކީ މިއުޒިކުގެ ގޮތުން ވެސް ވަރަށް މުއްސަނދި ސަގާފަތެއް ލިބިފައިވާ ޤައުމެކެވެ.




#Article 341: ފުރަގަސް ފަރާތު ދޮރު (218 words)


މިއީ އިންސާނާގެ ފުރަގަސްފަރާތް ނިމޭ ހިސާބުގައިވާ ދޮރެކެވެ. ނުވަތަ ހުޅުވުމެވެ. އިންސާނުން ބޮޑު ކަމުދާއިރު ބޮޑު ކަމުދާ ތަކެތި ބޭރުވަނީ މިހޮއި ނުވަތަ ލޯވަޅު ގެ ޒަރީޢާއިންނެވެ.ފުރަގަސް ފަރާތު ދޮރު ނުވަތަ () އަކީ  ފުރަގަސް ފަރާތް(Rectum)  އިން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ. ނުވަތަ ބޮޑުކަމުދާ ތަކެތި ބޭރުވާ ލޯ ވަޅުއެވެ. ފުރަގަސް ފަރާތު ދޮރު ހުޅުވިި ފޭވެ، ކައިރިވެ، ދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ސްފިންކްޓަރ މަސްތައް އިންނެވެ. ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑު ކަމުދިއުމުގެ ތެރޭގައި ބޮޑު ކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސް ކޮށް ހަށިގަނޑުން ބޭރު ކުރުމެވެ. 

ފުރަގަސް ފަރާތު ދޮރު() އަކީ ފުރަގަސް ފަރާތް އަދި ފުރަގަސް ފަރާތު މަގު އިން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ.ނުވަތަ ފުރަގަސް ފަރާތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހަށިގަނޑުން ބޮޑުކަމުދާ ތަކެތި ބޭރުކުރާ ލޯވަޅެވެ. ފުރަގަސް ފަރާތު ދޮރު ހުޅުވި، ފޭވެ، ކައިރިވެދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ މަތިން ފުރަގަސް ފަރާތު މަގު ގެ ވަށައިގެން ހުންނަ ސްފިންކްޓަރ ތަކުންނެވެ. 

ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑުކަމުދިއުމުގެ ތެރޭގައި ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސްކޮށް ހަށިގަނޑުން ބޭރުކުރުމެވެ. އިންސާނަކު ބޮޑުވެގެން އައިސް ފުރާވަރަށް އެރުމުން ހަށިގަނޑުގެ ތަފާތު ހިސާބު ތަކުން އިސްތަށި ފަޅާ އުޞޫލުން ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ހަންގަނޑުގައި ވެސް އިސްތަށި ފަޅައެވެ. 

ފުރަގަސް ފަރާތު ދޮރާއި އޭގެ ވަށައިގެންވާ ހިސާބު ބޮޑުކަމުގޮސް ނިމުމުން ރަގަޅަށް ސާފުކުރަން ޖެހެއެވެ. މިގޮތުން ސާފުކުރަންވާނީ ފެން، އަދި ސައިބޯނި ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. ސާފުކުރަންވާނީ މާބާރު ގަދަ ސާބޯންޏެއް ބޭނުންކޮށްގެނެއް ނޫނެވެ. ބާރުގަދަ ސާބޯނިތައް ބޭނުންކުރުމުން އެހިސާބުގަނޑުގެ ހަންގަނޑު ހަލާކުވާގޮތް ދިމާވެއެވެ. މިގޮތަށް ސާފުކުރަން ޖެހެނީ ފުރަގަސް ފަރާތު ދޮރު ހިމެނޭ ހިސާބަކީ ތެތް ހިސާބަކަށް ވެފައި، އެހިސާބު ނުތާހިރުކޮށް ހުރެއްޖެނަމަ ފަސޭހައިން ބެކްޓީރިޔާ އަށަގަނެ، ތަފާތު އިންފެކްޝަން ތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާނެތީ އެވެ. 

 




#Article 342: ފުރަގަސް ފަރާތް (462 words)


 	

މިއީ އިންސާނުންނާއި ބައެއް ޖަނަވާރުންގެ ބޮޑު ގޮހޮރު ނިމޭ ހިސާބުން ފުރަގަސްފަރާތު ދޮރާއި ދެމެދުގައިވާ ބައެކެވެ. ފުރަގަސް ފަރާތް() އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު މަގު އާއި ދޭތެރޭގައި އިންނަ ބައެކެވެ.އެހެންކަމުން ފުރަގަސް ފަރާތް އިންނާނީ ބޮޑު ގޮހޮރު ނުވަތަ ފަލަ ގޮހޮރުގެ އެންމެ ފަހުބައި ކަމުގައިވާ ސިގްމޮއިޑް ގޮހޮރު އާއި ޖެހިގެންނެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ޖަމާކޮށް، ގުދަންކޮށްފައި، ހުންނާނީ ފުރަގަސް ފަރާތުގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓި މީޓަރެވެ. 

ފުރަގަސް ފަރާތް ފެށިފައި އިންނަނީ ސެކްރަމްގެ 3 ވަނަ ކަށިކޮޅާއި ހަމައިންނެވެ. އަދި ނިމިފައި އިންނަނީ ފުރަގަސް ފަރާތު މަގު އާއި، ފުރަގަސް ފަރާތް ގުޅޭކަން އަށެވެ. އެހެންކަމުން ފުރަގަސް ފަރާތް ނިމިގެން އިންނާނީ ފުރަގަސް ފަރާތު މަގު އެވެ. ފުރަގަސް ފަރާތް އިންނަނީ ސެކްރަމް އަދި ކޮކްސިކްސް ކަށިގަނޑުން އުފެދިފައިވާ ލެބުމުގެ ތެރެއަށް ފެތިފައެވެ. އަދި މިގޮތުން ފުރަގަސް ފަރާތް ފެތިފައިން އިންނަ ތަނަށް ކިޔަނީ ސެކްރަލް ފްލެކްޝަރ އެވެ. ފުރަގަސް ފަރާތުގެ އެންމެ ތިރީބައިގައި ފުޅާވުމެއް ނުވަތަ ފުފުމެއް ވެއެވެ. މިތަނަށް ކިޔަނީ ރެކްޓަލް އެމްޕުލާ އެވެ. 

ފުރަގަސް ފަރާތް ޕެރިޓޯނިއަމް އިން މުޅިން ނިވާކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައެއް ބައިތައް ޕެރިޓޯނިއަމް އިން ނިވާކުރެވިފައި ވެއެވެ. އެގޮތުން ފުރަގަސް ފަރާތުގެ މަތީ ތިންބައިކުޅަ އެއްބައި، އިންނަނީ ކުރިމަތިންނާއި އަރިމަތިން، ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފުރަގަސް ފަރާތުގެ މެދުގެ ތިންބައިކުޅަ އެއްބައި އިންނަނީ ހަމައެކަނި ކުރިމަތިން ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި ތިރީ ތިންބައިކުޅަ އެއްބައި ޕެރިޓޯނިއަމް އިން ނިވާކުރެވިފައެއް ނުވެއެވެ. 

ފިރިހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެސައިކަލް ޕޯޗް އޭ ކިޔޭ ހުސް ޖާގައެއް ފަދަ ތަނެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި މަސާނާގެ މަތީބަައި، މަނި ގޮށް، މަނި ހޮޅިގެ އެމްޕުލާ، ގުރުތާގެ ނިމޭ ކޮޅު، އަދި [ޕްރޮސްޓޭޓް ގްލޭންޑް ހިމެނެއެވެ. 

އަންހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެޖައިނަލް ޕޯޗް އޭ ކިޔޭ ހުސް ޖާގައެކެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަން ގެ ފުރަގަހު ފާރެވެ. 

ދެޖިންސުގެ މީހުންގެ ވެސް ފުރަގަސްފަރާތުގެ އަރިމަތިން މަތީގައި އިންނަނީ ޕަރަރެކްޓަލް ފޮއްސާ އެވެ. އަދި ފުރަގަސް ފަރާތުގެ އަރިމަތިން ތިރީގައި އިންނަނީ ސްޕީރިއާ ރެކްޓަލް އާޓަރީގެ ގޮފިތަކާއި، ކޮކްސިޖިއަސް މަސްގަނޑު، އަދި ލެވޭޓަރ އޭނި މަސްގަނޑު އެވެ. 

ދެޖިންސުގެ މީހުންގެ ވެސް ފުރަގަސް ފަރާތުގެ ފަހަތް ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި ކޮކްސިކްސް، ސެކްރަމްގެ ތިރީބައި، މީޑިއަން ސެކްރަލް ލޭހޮޅިތައް، ގްލޯމަސް ކޮކްސީޖިއަމް މަސްގަނޑު، އަދި ނާރު ފުންޏެއް ހިމެނެއެވެ. 

ފުރަގަސް ފަރާތަކީ ވަގުތީ ގޮތުން ބޮޑުކަމުދާ ތަކެތި ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. ފުރަގަސް ފަރާތުގައި ބޮޑުކަމުދާ ތަކެތި ޖަމާވެ ފުރުމުން، ފުރަގަސް ފަރާތު ފާރު ފުޅާވެ، ފުރަގަސް ފަރާތު ފާރުގެ ތެރޭގައި ނާރުތަކުގެ ނިޒާމް އިން އައިސްފައިވާ ސްޓްރެޗް ރިސެޕްޓަރ ތައް، މުރާލިވެ، ބޮޑުކަމުދާ ހިތްވެއެވެ. ބޮޑު ކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިފިނަމަ، ފުރަގަސް ފަރާތުގައި ޖަމާވެފައި ހުރި ބޮޑުކަމުދާ ތަކެތި އަނބުރާ ބޮޑު ގޮހޮރު އަށް ވާޞިލްވެއެވެ. އަދި އެބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހުރި ފެނުގެ ބައި ވަކިން ހަށިގަނޑަށް ނަގައެވެ. ބޮޑުކަމު ނުގޮސް ގިނައިރު ހުރެއްޖެނަމަ، ބަނޑުހިކުން ކުރިމަތިކުރުވައެވެ. ބަނޑުހިކުން ކުރިމަތިވެއްޖެނަމަ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޮޑުކަމުދިއުމަށް އުދަގޫވެއެވެ. 

ހަށިގަނޑުގެ ފިނިހޫނު މިން ހުރިނެތް މިންވަރު ފުރަގަސް ފަރާތުން ވެސް ބެލެއެވެ. މިގޮތުން ފިނިހޫނު މިން ބެލުމަށްޓަކައި، މާކަރީ ތަމޯމީޓަރު، ނުވަތަ ޑިޖިޓަލް ތަމޯމީޓަރެއް ފުރަގަސް ފަރާތު ދޮރުން ލައްވައިގެން ފުރަގަސް ފަރާތް އަށް ވާޞިލް ކުރުވައެވެ. ކުރިން މާކަރީ ތަމޯމީޓަރު ބޭނުންކުރި ނަމަވެސް މިހާރު މިފަދަ ތަމޯމީޓަރު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ފުރަގަސް ފަރާތުން ބަލާ ފިނިހޫމިން އާންމުގޮތެއްގައި ހުންނަނީ 38-36 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ. 

ފުރަގަސް ފަރާތުން ބަލާ ފިނިހޫނުމިން އަނގައިން ބަލާ ފިނިހޫނު މިނަށްވުރެ ½ ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ. އަދި ކިހިލިފަތް ދޮށުން ބަލާ ފިނިހޫނު މިނަށްވުރެ، 1 ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ.ގިނަ ޑޮކްޓަރުން ކުޑަކުދިންގެ ފިނިހޫނުމިން ހުރިމިންވަރު ފުރަގަސް ފަރާތުން ބެލުމަށް އިރުޝާދު ދެނީ ކުޑަކުދިންގެ އަނގަ އިން ފިނިހޫނު މިން ބެލުމަކީ ގިނަފަހަރު އުދަގޫކަމަށްވާތީ އެވެ. އެއީ ކުޑަކުދިން ފިނިހޫނުމިން ބަލާގަޑީގައި މަޑުން ހަމަހިމޭނުން ނީންނާތީއެވެ. މިފަހަކަށް އައިސް ކަންފަތުން ފިނިހޫނުމިން ބެލުން އާންމުވުމުން ފުރަގަސް ފަރާތުން ފިނިހޫނުމިން ބެލުން ވަނީ މަދުވެފައެވެ. 




#Article 343: ބޮޑު ގޮހޮރު (994 words)


 
ބޮޑު ގޮހޮރު ()އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ. 

ބޮޑު ގޮހޮރު ފެށިފައި އިންނަނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު ()އޭ ކިޔޭ ހިސާބުގައެވެ. ބޮޑު ގޮހޮރުގައި ހިމެނެނީ މައިގަނޑު ދެބަޔެކެވެ. އެއީ ސީކަމް އަދި ފަލަ ގޮހޮރު އެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ. ބޮޑު ގޮހޮރުގެ މައިގަނޑު ދެބަޔަކީ ކުރިން ބުނި ދެބައި ނަމަވެސް، އެނަޓަމީ ޢިލްމުވެރިން ބޮޑުގޮހޮރުގެ ބައިތަކުގެ ގޮތުގައި ފާހަގަކުރާ އާންމު ބައިތައް ތިރީގައި މިވަނީ އެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ކުޑަ ގޮހޮރުއަށްވުރެ އެތަކެއް ގުނައެއް ފުޅާވާނެއެވެ. 

ބޮޑު ގޮހޮރު ގައި ސީކަމް އިން ފެށިގެން ހުރަސް ފަލަ ގޮހޮރުގެ މެދާއި ހަމައަށް އިންނަ ބަޔަށް ކަނާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. އަދި ހުރަސް ފަލަ ގޮހޮރުގެ މެދުން ފެށިގެން ގޮސް ސިގްމޮއިޑް ގޮހޮރުގެ ނިޔަލަށް އިންނަ ބަޔަށް ވާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. ބޮޑު ގޮހޮރުގެ ޕީއެޗް ހުންނަނީ 7-5.5 އާއި ދެމެދުގެ މިންވަރެއްގައެވެ. 

ސީކަމް() އަކީ ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް އާއި، މައްޗަށްއަރާ ފަލަ ގޮހޮރު ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރުގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި، ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް()  އިންނެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމުން ސީކަމް އިންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުން ކުރިމަތިން އުނަގަނޑުގެ ތިރީބައިގައެވެ. 

އެޕެންޑިކްސް() އަކީ ސީކަމްގެ ފަހަތުން ހަށިގަނޑުގެ މެދާ ކައިރިވީ ފަރާތުގައި އިލިއޯސީކަލް ވޭލް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައި އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނަނީ 74 އިންސައްތަ މީހުން ގެއެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ސީކަމްގެ ދަށުގައެވެ.

ފަލަ ގޮހޮރު() އަކީ ބޮޑު ގޮހޮރުގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވާތީ ފަލަ ގޮހޮރުގެ ފުރަތަމަ ބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. 

މައްޗަށްއަރާ ފަލަ ގޮހޮރު() އަކީ ފަލަ ގޮހޮރު ގައި ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް، ހުރަސް ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށްވާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ() އެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވެފައި، މައްޗަށްއަރާ ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރުގެ ފުރަތަމަބައި ކަމަށްވާތީ މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު()ގެ ސިމްޕަތެޓިކް ނާރު ފައިބަރު ތަކުންނެވެ. 

ހިޕަޓިކް ފްލެކްޝަރ() އަކީ މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަނެވެ. މިކަން ނުވަތަ މިބައިގެ ފަހަތް ނޫން އެހެން ފަރާތްތައް ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މަތިންނާއި އަރިމަތިން މިބައި އިންނަނީ ފުރަމޭގެ ކަނާތު ލޯބްގައިވާ ކޮލިކް އިމްޕްރެޝަން އޭ ކިޔާ އަޑިކޮޅުގެ ތެރެއަށް ފެތިފައެވެ. ނުވަތަ އެއަޑިކޮޅުގައި ޖެހިފައެވެ. ފަހަތުން މެދަށްވާގޮތަށް މިބައި އިންނަނީ ކަނާތު ގުރުދާގައި ޖެހިފައެވެ. 

މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން ނުވަތަ ހިޕަޓިކް ފްލެކްޝަރ އަށް މިހެން ކިޔަނީ ފުރަމޭ އާއި ވިދިގެން މިބައި ހުންނާތީ އެވެ. 

ހުރަސް ފަލަ ގޮހޮރު() އަކީ ފަލަ ގޮހޮރުގައި މައްޗަށްއަރާ ފަލަ ގޮހޮރު ނިމޭ ހިސާބުން ފެށިގެން ހުރަހަށް ހަށިގަނޑުގެ ކަނާތުން ވާތަށްވާ ގޮތަށް ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށް އޮންނަ ބައެވެ. ހުރަސް ފަލަ ގޮހޮރުގެ ކުރިމަތިން މައިދާއާއި ހުރަސް ފަލަ ގޮހޮރު ވަނީ ގްރޭޓަރ އޯމެންޓަމް އޭ ކިޔާ ޕެރިޓޯނިއަމް ފޯލްޑް އަކުން ގުޅިފައެވެ. ހުރަސް ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރު ގައި ހިމެނޭ އެންމެ ދިގު، އަދި އެންމެ ހަރަކާތްކުރާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ() އެވެ. ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ() އެވެ. އެހެންކަމުން ހުރަސް ފަލަ ގޮހޮރު އޮންނާނީ ހަށިގަނޑުގެ ހުރަހަށްވާގޮތަށް ހިޕަޓިކް ފްލެކްޝަރ އާއި ސްޕްލީނިކް ފްލެކްޝަރ އާއި ދެމެދުގައެވެ. 

ސްޕްލީނިކް ފްލެކްޝަރ() އަކީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަނެވެ. މިބައި އިންނަނީ ޑައަފްރަމް ގައި ޖެހިފައެވެ. އެހެންކަމުން މިބައި އިންނަނީ ހިޕަޓިކް ފްލެކްޝަރ އަށް ވުރެ މަތީ ލެވެލް އެއްގައެވެ. ކުރިމަތިންނާއި، އަރިމަތިން، އަދި މަތިން މިބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. 

ތިރިއަށްފައިބާ ފަލަ ގޮހޮރު()  އަކީ ފަލަ ގޮހޮރުގައި ހުރަސް ފަލަ ގޮހޮރު ނިމިގެން ތިރިއަށް ގޮސް، ސިގްމޮއިޑް ގޮހޮރުގެ ފެށުމާއި، ހަމައަށްވާ ބައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ() އެވެ. 

ސިގްމޮއިޑް ގޮހޮރު() އަކީ ފަލަ ގޮހޮރުގެ ބައެކެވެ. ނުވަތަ ފަލަ ގޮހޮރުގެ އެންމެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރުގައި ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތް އާއި ދެމެދުގައިވާ ބައެކެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު އެސް(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސްގެ ފަށަލައެއް ވެއެވެ. މިމަސް ފަށަލަ ކުރުގެޅި، ވާންވުމުން، ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތް އަށް އެޅޭގޮތް ވެއެވެ. 
ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް
ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ގައި ހުންނަނީ ސިންގަލް ކޮލަމްނަރ އެޕިތީލިއަލް ސެލް އެވެ. މިސެލް ތަކުގެ ތެރޭގައި ވަރަށް ގިނަ ގޮބްލިޓް ސެލް ތައް ހުރެއެވެ. އަދި ކުދި ގްލޭންޑް ތަކެއް ބޮޑު ގޮހޮރުގެ ތެތް ދުލިފަށަލައިގައި ހުރެއެވެ. ގޮބްލިޓް ސެލް ތަކާއި، މިގްލޭންޑް ތައް ގުޅިގެން އަލްކަލައިން ތަބީޢަތުގައި ހުރި ދަވަ ދޫކުރެއެވެ. ބޮޑު ގޮހޮރުގެ ތެރޭގައި ވަކިވަކިން ހުންނަ ލިމްފް ފޮލިކަލް ތައް ވެސް ހުރެއެވެ. މިލިމްފް ފޮލިކަލް ތައް ހުންނަނީ ސީކަމް އަދި އެޕެންޑިކްސް ގައެވެ.

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް() ގައި ހުންނަނީ ސިންގަލް ކޮލަމްނަރ އެޕިތީލިއަލް ސެލް އެވެ. މިސެލް ތަކުގެ ތެރޭގައި ވަރަށް ގިނަ ގޮބްލިޓް ސެލް ތައް ހުރެއެވެ. އަދި ކުދި ގްލޭންޑް ތަކެއް ބޮޑު ގޮހޮރުގެ ތެތް ދުލިފަށަލައިގައި ހުރެއެވެ. ގޮބްލިޓް ސެލް ތަކާއި، މިގްލޭންޑް ތައް ގުޅިގެން އަލްކަލައިން ތަބީޢަތުގައި ހުރި ދަވަ ދޫކުރެއެވެ. ބޮޑު ގޮހޮރުގެ ތެރޭގައި ވަކިވަކިން ހުންނަ ލިމްފް ފޮލިކަލް ތައް ވެސް ހުރެއެވެ. މިލިމްފް ފޮލިކަލް ތައް ހުންނަނީ ސީކަމް އަދި އެޕެންޑިކްސް ގައެވެ.

ބޮޑު ގޮހޮރު އަކީ ކާނާގެ ބާވަތްތައް ހަށިގަނޑަށް ނެގުމުގެ ބާރު ނުވަތަ އެމާއްދާތައް ހަށިގަނޑަށް ދެމުމުގެ ބާރު މަތި ތަނެކެވެ. ސޯޑިއަމް، ކްލޮރައިޑް، އަދި ފެން މައިގަނޑު ގޮތެއްގައި ހަށިގަނޑަށް ނަގަނީ ބޮޑު ގޮހޮރުގެ ތެރޭގައެވެ. ދުވާލަކު 2-1 ލިޓަރުގެ އައިސަޓޮނިކް ހާލަތުގައި ހުރި ކައިމް ބޮޑު ގޮހޮރަށް ވާޞިލް ވެއެވެ. މިބުނި ކައިމްގެ ތެރޭގައި ހުރި ދިޔާތަކެތީގެ 90 އިންސައްތަ ހަށިގަނޑަށް ނަގައެވެ. އަދި ގާތްގަނޑަކަށް 250-200 މިލިލީޓަރުގެ ކޮންމެވެސް ހަރުކަމެއް ހުރި ބޮޑު ކަމުދާތަކެތި ބޭރުވެގެން ދެއެވެ. 

ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުން ގޮހޮރުގެ ތެރެއަށް ދޫކުރާ މާއްދާ ތަކުގެ ތެރޭގައި ޕޮޓޭސިއަމް، ބައިކާބޮނޭޓް، އަދި ދަވަ ހިމެނެއެވެ. 

ބައެއް މާއްދާތައް ހަށިގަނޑުން ބޭރުވެގެންދަނީ ބޮޑު ގޮހޮރުގެ ތެރެއިން ގޮހެވެ. މިސާލަކަށް ދިރޭ ރަހަ އަކީ މިގޮތުން ބޭރުވެގެންދާ މައުދަނެކެވެ. 

ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ޖެހެންދެން ގުދަން ކުރެވިފައި ހުންނަނީ ސިގްމޮއިޑް ގޮހޮރު ގައެވެ. 

ބޮޑުކަމުދިއުން އަކީ ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމެވެ. މިމަސައްކަތްކުރުމުގައި ބައިވެރިވާ ދެގުނަން އަކީ ފުރަގަސް ފަރާތް އަދި ފުރަގަސް ފަރާތު ދޮރު އެވެ. ބޮޑުކަމުދާ ތަކެތީގެ ސަބަބުން ފުރަގަސް ފަރާތް ފުޅާވެ، ފުފިގެންދަނީ ހަމައެކަނި ބޮޑުކަމުދިއުމުގެ ތެރޭގައެވެ. 

ބޮޑު ގޮހޮރުގެ ތެރޭގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ތަކުން ވިޓަމިން އުފައްދައެވެ. މިގޮތުން ބެކްޓީރިޔަލް ފްލޯރާ އޭކިޔާ ބެކްޓީރިޔާ ތަކުން ވިޓަމިން ކޭ އަދި ވިޓަމިން ބީގެ ބައެއް ވައްތަރުތައް އުފައްދައެވެ. މީގެ އިތުރުން ފުރަގަސް ފަރާތުން ބޭރުކުރާ ވައި ވެސް އުފެދެނީ މިބެކްޓީރިޔާ ތަކުގެ ސަބަބުންނެވެ. 




#Article 344: ކުޑަ ގޮހޮރު (852 words)


ކުޑަ ގޮހޮރު() އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިގުނަވަން އޮންނަނީ އެތެރެހަށީގައި މައިދާ އާއި ބޮޑު ގޮހޮރު އާއި ދެމެދުގައެވެ. އެހެންކަމުން ކުޑަ ގޮހޮރު ފެށިފައި އިންނާނީ މައިދާ ނިމޭ ހިސާބުންނެވެ. އަދި ނިމިފައި އިންނާނީ ބޮޑު ގޮހޮރު ފެށޭ ހިސާބަށެވެ. އިންސާނުންގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު ނުވަތަ 21 ފޫޓް ހުރެއެވެ. ބައެއް އިލްމު ވެރިން ވިދާޅުވާ ގޮތުން ކުޑަ ގޮހޮރުގެ ދިގުމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ 7-4 މީޓަރާއި ދެމެދުގެ މިންވަރެކެވެ.  

ކުޑަ ގޮހޮރު އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެބައިތައް ތިރީގައި މިވަނީއެވެ. 

އާންމު ގޮތެއްގައި ބޮޑު ގޮހޮރުއަށްވުރެ ކުޑަ ގޮހޮރު 5-4 ވަރަކަށް ގުނަ ބޮޑުވެފައި ދިގެވެ. ކުޑަ ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ ގާތްގަނޑަކަށް 3-2.5 ސެންޓި މީޓަރާއި ދެމެދުގެ މިންވަރެކެވެ. މިމިން ބޮޑު ގޮހޮރުގައި އުޅެނީ 7.6 ސެންޓި މީޓަރުގައެވެ. 

ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް() އަކީ މައިދާ އާއި ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް އާއި ގުޅުވައިދޭ ހޮޅިއެވެ. މިއީ ކުޑަ ގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ އިންނަ ބައިވެސް މެއެވެ. އިގިރޭސި އަކުރު ސީ ( C )  ގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް އެއިން ހަށިގަނޑަށް ބޭނުންވާ ބައި ނަގައިދޭ މަރުކަޒެވެ. އިންސާނުންގެ ޑުއަޑީނަމް ގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 26 ސެންޓި މީޓަރެވެ.  

ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް() އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން މެދަށް އިންނަ ބަޔެވެ. ނުވަތަ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ފަހު ބައި އިލިއަމް އާއި ގުޅުވައިދިނުމަށް އެދެމެދުގައިވާ ބަޔެވެ. ފުރާ ފުރިހަމަ އިންސާނެއްގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި 7-4 މީޓަރު ވަރު ހުރެއެވެ. އޭގެ ތެރެއިން 2.5 މީޓަރު ހުންނަނީ ޖެޖޫނަމް ގައެވެ. ޖެޖޫނަމްގެ އެތެރޭގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. ކާތަކެތި ޖެޖޫނަމްގެ ތެރޭގައި ދައުރުވުން ފަސޭހަ ކުރުމަށްޓަކައި ގުދުރަތީ މަސް ފަށަލަ އެއް ޖެޖޫނަމްގެ އެތެރޭގެ ފާރުގައި ވެއެވެ. 

ކުޑަ ގޮހޮރުގެ ފަހު ބައި ނުވަތަ އިލިއަމް() އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން އެންމެ ފަހަތަށް އިންނަ ބަޔެވެ. އިންސާނުންގެ އިލިއަމްގެ ދިގުމިނުގައި ގާތްގަނޑަކަށް 3.5 މީޓަރު ވަރު ހުރެއެވެ.މިމިންވަރު 4-2 މީޓަރާއި ދެމެދުގެ މިނެއްގައި ހުރުމަކީ ވެދާނެ ގޮތެކެވެ. ބޮޑު ގޮހޮރުގެ ބައެއް ކަމުގައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް() އިންނެވެ. އިލިއަމްގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. 

ޕްރޮޓީންތައް ޕެޕްޓައިޑް ތަކާއި، އަމީނޯ އެސިޑް () ތަކަށް ބަދަލުވުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަނީ މައިދާގެ ތެރޭގައެވެ. ނަމަވެސް މިމަސައްކަތް ކޮންމެވެސް ވަރަކަށް ކުޑަ ގޮހޮރުގެ ތެރޭގައި ވެސް ހިންގައެވެ. ކުޑަ ގޮހޮރަކީ ގިނަ ކެމިކަލް މާއްދާތަކެއް ހަޖަމުވެގެންދާ މަރުކަޒެވެ. 

ކުޑަ ގޮހޮރުގެ ބައިތަކުގެ އެތެރޭގެ ތެތް ދުލިފަށަލައިގައި ހިމެނޭ ވިލަސް() ތައް އަކީ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުމަށްޓަކައި ސާރފޭސް އޭރިއާ މަތިކޮށްދޭ ބައިތަކެކެވެ. ކޮންމެ ވިލަސް އެއްގައި ލެކްޓިއަލް()  ތަކާއި، ކުދި ލޭހޮޅި() ތައް އެކުލެވިގެން ވެއެވެ. ހަޖަމުވެފައި ހުންނަ ފެޓް ލެކްޓިއަލް ތަކުގެ އެހީގައި ލިމްފަޓިކް ނިޒާމް އަށް ވާޞިލްވެ، އޭގެ ފަހުން ލޭދައުރުކުރާ ނިޒާމް އަށް ވާޞިލް ވެއެވެ. ފެޓް ފިޔަވައި ދެން ހަޖަމުވެފައި ހުންނަ ކާނާގެ ބައިތައް ހަށިގަނޑަށް ނަގަނީ ކުރިން ބުނި ކުދި ލޭހޮޅި ތަކުންނެވެ. 

ހަށިގަނޑަށް ކާނާގެ ގިނަ ބައިތައް ދަމަނީ ޖެޖޫނަމްގެ ތެރޭގައެވެ. ނަމަވެސް ބައެއް މާއްދާތައް އެހެން ބައިތަކުން ވެސް ހަށިގަނޑަށް ނަގައެވެ. ތިރީގައި މިވަނީ ވަކި ބައިތަކުން ނަގާކަމަށް ފާހަގަކުރެވޭ ބައެއް މާއްދާތަކެވެ. 

ސިކްރީޓިން ނުވަތަ () އަކީ  ކުޑަ ގޮހޮރު ގެ ފުރަތަމަ ބައިގައި ހުންނަ އެސް ސެލް(S Cell) ތަކުން ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ގެސްޓްރިކް އެސިޑް ، ބައިކާބޮނޭޓް އާ ބަފަރކޮށްގެން، ކުޑަ ގޮހޮރު ގެ ފުރަތަމަބައި ގައި ހުންނަ ތަކެތީގެ ޕީއެޗް ކޮންޓްރޯލް ކުރުމުގައި އެހީތެރި ވެއެވެ. ސިކްރީޓިން ދޫކުރަން ފަށަނީ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޕީއެޗް ދަށްވެއްޖެ ހާލަތެއްގައި އެތާގެ ޕީއެޗް ހަމަހަމަކަން މަތީ ބަހައްޓައިދީ ކޮންޓްރޯލް ކުރުމަށްޓަކައެވެ.

ކޯލިސިސްޓަކައިނިން ނުވަތަ () އަކީ  ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ގައި ހުންނަ އައި ސެލް(I Cell) ތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. އިންސާނާގެ ހަށިގަނޑުގައި ޕްރޮޓީން އަދި ސަރުބީ ހަޖަމުކުރުމަށް ބާރުއަޅައި، ވާގިވެރިވެ ދިނުމުގައި ޒިންމާވާ ހޯރމޯން އަކީ ވެސް މިއީއެވެ. މިހޯރމޯންގެ ސަބަބުން ޗިސްމޭ އިން ހަޖަމުކުރާ އެންޒައިމް ތައް އަދި ފިތް އިން ބައިލް ބޭރުވުން މެދުވެރި ކުރުވައެވެ. ކުރިން މިހޯރމޯން އަށް ޕެންކްރިއޯޒައިމިން(Pancreaozymin) އޭ ކިޔާފައި ވެއެވެ.

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް() އުފެދިފައިވަނީ ކަލަމްނަރ އެޕިތީލިއަލް ސެލް()ގެ ފަށަލަ އަކާއި، ލަމިނާ ޕްރޮޕްރިއާ() އޭ ކިޔޭ ކަނެކްޓިވް ޓިޝޫގެ ފަށަލަ އަކާއި، އަދި މަސްކިޔުލަރިސް މިޔުކޯސާ() އޭ ކިޔޭ މަސް ފަށަލަ އަކުންނެވެ. މިދުލިފަށުގެ ސަތަހައިގައި އިގިލިތަކެއް ހެން ނިކުމެފައި ހުންނަ ނިކުތުން ތަކެއް ހުރެއެވެ. މިއަށް ކިޔަނީ ވިލަސް() އެވެ. އަދި ހަމަ ތެތްދުލިފަށުގެ ސަތަހައިގައި ކުދި ހޮޅިތަކެއްގެ ސިފަޔަށް ހުންނަ ގްލޭންޑް ތަކެއް ހުރެއެވެ. މިގްލޭންޑް ތައް ކުޑަ ގޮހޮރުގެ ތެރެއަށް ހުޅުވިފައި ހުންނަނީ ކުރިން ބުނެވުނު ވިލަސް ތަކުގެ ދޭތެރެ ދޭތެރޭގައެވެ. މިގްލޭންޑް ތަކަށް ކިޔަނީ ކްރިޕްޓް އޮފް ލެއިބަރކުން() އެވެ. 

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުގައި ލިމްފް ނޮޖޫލް() ތައް ހުރެއެވެ. ކުޑަ ގޮހޮރުގައި މައިގަނޑު ގޮތެއްގައި މި ލިމްފް ނޮޖޫލް ތައް ވަކިވަކިން ހުރި ނަމަވެސް، ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމްގައި މި ނޮޖޫލްތައް ޖަމާވެ، ޕެޔާރސް ޕެޗް() ތައް އުފެދިގެން ދެއެވެ. 

ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް ގެ ތެރޭގައި ބްރަނާރސް ގްލޭންޑް ()އޭ ކިޔޭ ދަވަ ބޭރުކުރާ ގްލޭންޑް ތަކެއް ހުރެއެވެ. އިލިއަމްގައި ހުންނަ ކްރިޕްޓް ތަކުގައި ގޮބްލިޓް ސެލް() އޭ ކިޔޭ މިޔޫސިން() ބޭރުކުރާ ސެލް ތަކެއް ހުރެއެވެ. އަދި އެންޓީރަކްރޮމަފިން() އޭ ކިޔޭ ސިރަޓޯނިން() ބޭރުކުރާ ސެލްތަކެއް ހުރެއެވެ. 

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުގެ ކޮންމެ އަކަ މިލިމީޓަރެއްގައި 40-20 އާއި ދެމެދުގެ އަދަދަކަށް ވިލަސް ހުރެއެވެ. އަދި ކޮންމެ ވިލަސް އެއްގެ އުސްމިނުގައި 1-0.5 މިލިމީޓަރު ވަރު ހުރެއެވެ.

ދުވާލަކު ގާތްގަނޑަކަށް 1 ލިޓަރުގެ ކުޑަ ގޮހޮރު ޖޫސް() އުފައްދައެވެ. ކުޑަ ގޮހޮރު ޖޫސް ގައި އެކުލެވިގެންވާ ބައިތައް ތިރީގައި މިވަނީ އެވެ. 

ކުޑަ ގޮހޮރު ޖޫހުގައި އަލްކަލައިން ތަބީޢަތުގައި ހުރި ދިޔައެއް އެކުލެވެއެވެ. މިއީ ކުޑަ ގޮހޮރުގެ އެތެރޭ ތެތް ދުލިފަށުގެ ސަތަހައިގައި އެކުލެވޭ ކްރިޕްޓް އޮފް ލެއިބަރކުން() އިން ބޭރުކުރާ ދިޔައެކެވެ. މިިދިޔައިގައި މައިގަނޑު ގޮތެއްގައި ހުންނަނީ ސޯޑިއަމް ކްލޮރައިޑް އަދި ސޯޑިއަމް ބައިކާބޮނޭޓް އެވެ. އެކަމަކު ހަޖަމުކުރާ އެންޒައިމް ތަކެއް މިދިޔައިގެ ތެރޭގައަކު ނުހުރެއެވެ. މިދިޔަ ކުޑަ ގޮހޮރުގެ ތެރެއަށް ކްރިޕްޓް ތަކުން ދޫކުރާތާ އިރުކޮޅެއްގެ ތެރޭގައި ވިލަސް ތަކުން އަނެއްކާ ވެސް މިދިޔަ ހަށިގަނޑަށް ނުވަތަ ވިލަސް ގެ ތެރެއަށް ދަމައިގަނެއެވެ. 

މިޔޫކަސް ނުވަތަ ދަވަ() ބޭރުވަނީ މިޔޫސިންގެ ގޮތުގައެވެ. އެއަށްފަހު ދިޔާވެ، މިޔޫކަސް ނުވަތަ ޖެލް ފާޑުގެ ދަވަ އަށް ބަދަލުވެއެވެ. ގޮބްލިޓް ސެލް() ތަކާއި އެޕިތީލިއަލް ސެލްތަކުން ބޭރުކުރާ ދަވަތަކުން ދަވައިގެ ފޮށާ() އެއް އުފެދިގެން ދެއެވެ. މީގެ ބޭނުމަކީ ކުޑަ ގޮހޮރުގެ އެޕިތީލިއަމް ނިވާކޮށް، ތެޔޮކޮށްދީ ރައްކާކޮށްދިނުމެވެ. ނަމަވެސް ބްރަނާރސް ގްލޭންޑް( ތަކުން ބޭރުކުރާ ދަވަތައް ކުޑަ ގޮހޮރުގެ ފުރަތަމަ ޑުއަޑީނަމްގެ އެތެރޭގެ ތެތްދުލިފަށް ގެސްޓްރިކް އެސިޑް ނުވަތަ ހައިޑްރޯކްލޮރައިޑް އިން ހިމާޔަތްކޮށްދެއެވެ. 

އާންމު ގޮތެއްގައި މިޔޫކޯސަލް ސެލް () ތައް ހުއްޓުމެއްނެތި ކުޑަ ގޮހޮރުގެ ތެރެއަށް ފައިބަފައިބާ ހުރެއެވެ. އަދި ކުޑަ ގޮހޮރު ޖޫހާއި މިސެލްތައް އެއްވެގެން ދެއެވެ. މިސެލްތަކުގައި ހަޖަމުކުރާ އެންޒައިމްތައް ހުރެއެވެ.

 
ކުޑަ ގޮހޮރުގެ އެންޒައިމް ()ތައް މައިގަނޑު ގޮތެއްގައި ހުންނަނީ މިޔޫކޯސަލް ސެލް() ތަކުގެ ބޭރު ފަށަލައިގައެވެ. ޚާއްޞަކޮށް ވިލަސް() ތަކުގެ ކޮޅު ނިވާކޮށްދޭ ކުދިކުދި ވިލަސް() ތަކުގައެވެ. އާންމު ގޮތެއްގައި ކުޑަ ގޮހޮރުގެ ތެރޭގައި ހަޖަމުކުރުމުގެ މަސައްކަތް ހިންގަނީ މިބުނި ކުދިކުދި ވިލަސް ތަކުގެ ތެރޭގައެވެ. ކުޑަ ގޮހޮރު އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ. 




#Article 345: މައިދާ (648 words)


މައިދާ ()އަކީ ތޮޅިއެއްގެ ބައްޓަމަން އެތެރެ އޮންނަ މަޑު މަސް އިން އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުހަލާ ފުރިހަމަކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް()، ގެސްޓްރޯ() ފަދަ ބަސްބަހުން ދޭހަކޮށްދެނީ މައިދާއާއި ގުޅުންހުރި ނުވަތަ ބަނޑާއި ގުޅުންހުރި މިހެންނެވެ. މައިދާ އަކީ އެތެރެހަށީގެ ގުނަވަން ތަކުގެ ތެރެއިން އެންމެ ފުޅާ އެންމެ ތަނަވަސް ޖާގައެއް އެތެރޭގައިވާ ގުނަވަނެވެ. މައިދާ އެކުލެވިގެންވަނީ މައިގަނޑު 2 ބައެއްގެ މައްޗަށެވެ. އެއީ ފަންޑަސް، ޖިސްމު، އަދި އެންޓްރަމް އެވެ. 

ހެޕަޓޯގެސްޓްރިކް ލިގަމެންޓްގެ ދެފަށަލަ ތަތްވެފައިވަނީ ލެސަރ ކާރވަޗަރ ގައެވެ.މިދެފަށަލަ ދެމެދުން ވާތު ގެސްޓްރިކް އާޓަރީ އާއި، ހެޕަޓިކް އާޓަރީ އިން އައިސްފައިވާ ކަނާތު ގެސްޓްރިކް ގޮފި އޭ ކިޔޭ ލޭހޮޅި ދައުރުކޮށްފައިވެއެވެ. 

ކުރިމަތިން މަތީގައިވާ ފަރާތް () އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފުރަމޭގެ ވާތު ލޯބް އާއި، ކަނާތު ލޯބްގައި އިންނަ ކޯޑޭޓް ލޯބް އިންނަނީ މައިދާގެ މިހިސާބުގައި ޖެހިފައެވެ. ހަމަމިހެން ޑައަފްރަމްގެ ބައެއް ވެސް މިހިސާބުގައި ޖެހިފައި އިނދެއެވެ. ޑައަފްރަމް އަކީ ވާތު ފުއްޕާމޭ އާއި ހިތް އަދި އެހިސާބުގެ އެހެން ބައިތަކާއި މައިދާ ވަކިކޮށްދޭ ހުރަހެކެވެ. މިސަތަހައިގެ މަތިން ވާތް ފަރާތް އިންނަނީ ހުންކޮށި ގައި އިންނަ ގެސްޓްރިކް އިމްޕްރެޝަން އޭ ކިޔާ އަޑިކޮޅުގައި ޖެހިފައެވެ. ނުވަތަ އެއަޑިކޮޅުގެ ތެރެއަށް ފެތިފައެވެ. 

ފަހަތުން ތިރީގައިވާ ފަރާތް () ވެސް އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މިފަރާތް ޖެހިފައި ހުންނަނީ މައިދާގެ ތަންމަތި އުފެދުމުގައި ބައިވެރިވާ ބައިތަކުގައި ޖެހިފައެވެ. މައިދާގެ ތަންމަތި އުފެދުމުގައި ހިމެނިފައިވާ ބައިތަކަކީ ޑައަފްރަމްގެ ބައެއް، ވާތު ގުރުދާގެ ބައެއް، ވާތު ސްޕްރަރީނަލް ގްލޭންޑް، ހުންކޮށި އާޓަރީ، ޗިސްމޭގެ ކުރިމަތީ ފަރާތް، ހުރަސް ފަލަ ގޮހޮރު އެވެ. 

މައިދާގެ ހުސްޖާގަ()އަކީ މައިދާގެ ފަހަތުން ތިރީގައިވާ ފަރާތު ގައި ޕެރިޓޯނިއަމް އިން ނިވާނުވެ އިންނަ ތަންކޮޅެކެވެ. މިތަން އިންނަނީ ކާޑިއެކް އޮރިފިސް ކައިރީގައެވެ. އަދި މިތަނުގައި އެއްވެސް ހުރަހެއްނެތި ޑައަފްރަމް ޖެހިފައި އިނދެއެވެ. 

ކާޑިއެކް ޕޯޝަން() : މިބައި އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.

ޕައިލޮރިކް ޕޯޝަން(): މިބައި އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ. 

 
މައިދާގެ އެތެރޭގެ ދުލިފަށް() އިން މައިދާގެ ތެރެއަށް ހުޅުވިފައި ހުންނަ ކުދި ގްލޭންޑް ތަކެއް ހުރެއެވެ. މައިދާގެ ކާތަކެތި ހިގާ ހޮޅި އާއި ކައިރި ހިސާބު އަދި ކުޑަ ގޮހޮރު އާއި ކައިރި ހިސާބު ގައި ހިމެނޭ ގްލޭންޑް ތަކުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މިޔޫކަސް ނުވަތަ ދަވަ ދޫކުރާ ސެލް ތަކެވެ. އެކަމަކު ފަންޑަސް އަދި މައިދާގެ މައިގަނޑު ބައި ނުވަތަ ޖިސްމުގެ ފާރުގައި އަންނަނިވި ވައްތަރުގެ ސެލްތައް ހިމެނެއެވެ. 

 
މައިދާ އަށް ލޭފޯރުކޮށްދިނުމުގައި ބައިވެރިވަނީ އަންނަނިވި ލޭހޮޅިތަކެވެ. އެގޮތުން ތަފާތު 5 ލޭހޮޅިއަކުން މައިދާއަށް ލޭފޯރުކޮށްދެއެވެ. 

 
މައިދާ ގެ ވަޒީފާ ކޮންޓްރޯލްކޮށް މައިދާގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގައި ނާރުތަކުގެ ނިޒާމް ގައި ހިމެނޭ ތަފާތު 3 ނާރަކުން ބައިވެރިވެއެވެ. 

މައިދާ އަށް ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އަދި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ބާރުފޯރުވައެވެ. ނުވަތަ މިދެންނެވި ދެބައި ވެސް މައިދާގެ މަސައްކަތް ކޮންޓްރޯލް ކުރުމުގައި ބައިވެރި ވެއެވެ. 

ގެސްޓްރިން ނުވަތަ () އަކީމައިދާގެ ޕަރައިއިޓަލް ސެލް(Parietal cell) ތަކުން ގެސްޓްރިކް އެސިޑް ބޭރުކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. މިހޯރމޯން ދޫކުރަނީ މަޢިދާ އަދި ކުޑަ ގޮހޮރުގައި ހިމެނޭ ޖީސެލް(G Cell) ތަކުންނެވެ. ގެސްޓްރިން ހޯރމޯން ދޫކުރަނީ ލޭގެ ތެރެއަށެވެ. މައިގަނޑު 3 ވައްތަރެއްގެ ގެސްޓްރިން ހުރެއެވެ. އެއީ 

ޣްރެލިން  ނުވަތަ () އަކީ މަޢިދާގައި ހުންނަ ޕީޑީ1(P/D1) ސެލްތަކުން ދޫކުރާ ހޯރމޯން އެކެވެ. މިހޯރމޯންގެ ސަބަބުން ކާހިތްވުމަށް ބާރުއަޅައެވެ.  ނުވަތަ ކާތަކެތި ކެއުމަށް ހިތްޖެހޭގޮތް ވެއެވެ. ހަށިގަނޑުގައި ޣްރެލިން ގެ ލެވެލް ކެއުމުގެ ކުރިން މަތިވެ، އަދި ކެއުމަށްފަހު ދަށްވެގެން ދެއެވެ. 

އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް އިން ގްރޯޘް ހޯރމޯން ދޫކުރުމަށް ވެސް ޣްރެލިން ބާރުއަޅައެވެ. ބަލީގެ ބައެއް ޙާލަތްތަކުގައި ޣްރެލިންގެ ލެވެލް ދަށްވެ، މާއަވަހަށް ފުރިފައި ހުންނަ އިހްސާސް ބަލިމީހާއަށް ވާގޮތްވެއެވެ.  

ސޯމަޓަސްޓެޓިން  ނުވަތަ () އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕެރިވެންޓްރިކިއުލާ ނިއުކްލިއަސް(Periventricular nucleus) ، މައިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.މައިދާގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ ސެލް(D Cell)  ތަކުންނެވެ. ޗިސްމޭ ގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ އައިލެޓް ސެލް(δ islet cell) ތަކުންނެވެ.

ހައިބަނޑާ ހުންނަތާ 12 ގަޑިއިރު ވުމަށްފަހު ބަލިމީހާގެ އަނގަ އިން މައިދާ އަށް ހިމަހޮޅި(ރައިލް ޓިއުބު) އެއް ލައްވައިގެން މައިދާ ޖޫސް ނަގާނީ އެވެ. އެއަށްފަހު އެޖޫސް ޓެސްޓް ކުރާނީ އެވެ. މިޓެސްޓްކުރާއިރު ބެލޭކަންތައް ތިރީގައި މިވަނީ އެވެ. 

ހިސްޓަމީން އަކީ ސީދާ ގޮތެއްގައި ޕަރައިޓަލް ސެލްތައް ހީވާގިކޮށް މުރާލިކުރާ މާއްދާއެކެވެ. މިޓެސްޓް ހެދުމަށް ހައިބަނޑާހުރެ މައިދާ ޖޫސް ކުރިން ބުނިގޮތަށް މައިދާ އިން ނަގައެވެ. އެއަށްފަހު 0.5 މިލިގްރާމްގެ ހިސްޓަމީން ހަންގަނޑުގެ ދަށަށް އިންޖެކްޝަނަކުން ފޮނުވާލައެވެ. އަދި އެއަށްފަހު 1 ގަޑިއިރުވަންދެން ކޮންމެ 5 މިނިޓަކުން 1 ފަހަރު މައިދާ ޖޫސް ނަގައެވެ. އާންމު ގޮތެއްގައި 15-10 މިނިޓާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި އެސިޑް ބޭރުކުރާ މިންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ. އަދި އެގޮތުގައި 20 މިނިޓްވަންދެން އެސިޑް ބޭރުކޮށްކޮށް ހުރެއެވެ. 

މިޓެސްޓަކީ މައިދާގެ އެތެރޭގެ ދުލިފަށްތަކުގެ ބާރު ދެނެގަންނަ ޓެސްޓެކެވެ. އަދި މިއީ ޓްރޫ އެނަސިޑިޓީ އާއި ފޯލްސް އެނަސިޑިޓީ ވަކިކޮށްދޭ ޓެސްޓެކެވެ. ޓްރޫ އެނަސިޑިޓީ ގައި މިޓެސްޓް ނެގެޓިވް ވާއިރު ފޯލްސް އެނަސިޑިޓީ ގައި މިޓެސްޓް ވާނީ ޕޮޒިޓިވް އެވެ. ނަމަވެސް ހިސްޓަމީން އަކީ ލޭހޮޅިތައް ފުޅާކޮށްދޭ މާއްދާ އެއްކަމުން ހިސްޓަމީން އިންޖެކްޝަން ޖެހުމުން ބޮލުގައި ރިހުން، ލޭގެ ޕްރެޝަރުދަށްވުން އަދި ޝޮކްޖެހުން ފަދަ ކަމެއް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިސަބަބާހުރެ މިހާރު ހިސްޓަމީންގެ ބަދަލުގައި ބޭނުންކުރެވެނީ ޕެންޓަގެސްޓްރިން ކިޔާ މާއްދާއެކެވެ. 

އިންސިޔުލިން އަކީ ނުސީދާކޮށް މައިދާ ޖޫސް ބޭރުކުރުން އިތުރުކޮށްދޭ މާއްދާއެކެވެ. މިޓެސްޓް ހެދުމަށް ހައިބަނޑާހުރެ މައިދާ ޖޫސް ކުރިން ބުނިގޮތަށް މައިދާ އިން ނަގައެވެ. އެއަށްފަހު އިންސިޔުލިންގެ ކުޑަ ޑޯޒެއް ލޭގެ ތެރެއަށް އިންޖެކްޝަނަކުން ފޮނުވާލައެވެ. އަދި އެއަށްފަހު 1 ގަޑިއިރުވަންދެން ކޮންމެ 5 މިނިޓަކުން 1 ފަހަރު މައިދާ ޖޫސް ނަގައެވެ. އާންމު ގޮތެއްގައި 30-15 މިނިޓާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި އެސިޑް ބޭރުކުރާ މިންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ.




#Article 346: ކާތަކެތި ހިގާ ހޮޅި (496 words)


ކާތަކެތި ހިގާ ހޮޅި() އަކީ އަރުތެރެ އިން މައިދާއަށް ކާތަކެތި ގެންގޮސްދޭ ހޮޅިއެކެވެ. ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަނީ އަޑުފޮށްޓާގުޅޭ އަރުތެރެ ނިމޭ ހިސާބުންނެވެ. ހަމަ މިހެން ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަނީ ކަރު ހިމެނޭ ހިސާބުގައި ހުންނަ މައިބަދައިގެ 6 ނަންބަރު ކަށިކޮޅާ ހިސާބުންނެވެ.ނުވަތަ އަރުތެރެގެ ތިރީ ބޯޑަރާއި ހަމައިންނެވެ. ކާތަކެތި ހިގާ ހޮޅި އިން ފެށިގެން މައިދާ އާއި، ހަމައަށް ކާތަކެތި ފޯރަނީ ނުވަތަ ވާޞިލްވަނީ ޕެރީސްޓަލްސިސް() އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ. ކާތަކެތި ހިގާ ހޮޅި އަކީ މަހުން އުފެދިފައިވާ ހޮޅިއެކެވެ. 

ކާތަކެތި ހިގާ ހޮޅީގެ ދިގުމިނަކީ 25 ސމ ނުވަތަ 10 އިންޗި އެވެ. މިއީ ފުޅާ، އަދި ފަތިކޮށް އިންނަ ފުޅާވެ، ފުފުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ހޮޅިއެކެވެ. ކާތަކެތި ހިގާ ހޮޅީގެ 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ކަރުތެރޭގައި އިންނަ ބައި()، މޭގެތެރޭގައި އިންނަ ބައި()، އަދި ބަނޑުގެ ތެރޭގައި އިންނަ ބައި() މިއެވެ. ކާތަކެތި ހިގާ ހޮޅި ނިމިފައި އިންނަނީ ކާތަކެތި ހިގާ ހޮޅި އާއި މައިދާ އާއި، ގުޅޭތަން ނުވަތަ ކާޑިއެކް އޮރިފިސް()، އިންނެވެ. މިއީ މޭއޮންނަ ހިސާބުގައި ހުންނަ މައިބަދައިގެ 11 ވަނަ ކަށިކޮޅު ހުންނަ ހިސާބެވެ. ކާޑިއެކް އޮރިފިސް އިންނަނީ 1 އިންޗި ވަރު ހަށިގަނޑުގެ ވާތް ފަރާތަށް ޖެހިފައެވެ. 

ކާތަކެތި ހިގާ ހޮޅި އިންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ 6 ވަނަ ކަށިކޮޅުން ފެށިގެން، މޭއޮންނަ ހިސާބުގެ މައިބަދައިގެ 11 ވަނަ ކަށިކޮޅާއި ހަމައަށެވެ. މާނައަކީ ކާތަކެތި ހިގާ ހޮޅި އިންނާނީ މައިބަދައިގެ މިބުނި ކަށިކޮޅުތަކުގެ ކުރިމަތިންނެވެ. މީގެ އިތުރުން މައިބަދައިގެ އެއްކަށިކޮޅު އަނެއް ކަށިކޮޅާއި ގުޅުވައިދޭ އެންޓިރީއާ ލޮންޖިޓޫޑިނަލް ލިގަމެންޓް() ތައް ވެސް ހުރެއެވެ. އަދި މިބުނި ކަށިކޮޅުތަކާއި، އަދި ކަށިކޮޅުތައް ގުޅުވައިދޭ އެއްސުން ނުވަތަ ލިގަމެންޓް ތަކާއި، ކާތަކެތި ހިގާހޮޅި ވަކިކޮށްދިނުމަށް އެދެމެދުން އެކި ހިސާބުތަކުން އަންނަނިވި ޓިޝޫތައް ގޮސްފައިވެއެވެ. 

 
ކާތަކެތި ހިގާ ހޮޅި އިން ފެށިގެން މައިދާ އާއި، ހަމައަށް ކާތަކެތި ފޯރަނީ ނުވަތަ ވާޞިލްވަނީ ޕެރީސްޓަލްސިސް() އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅި އަކީ ކާތަކެތި ދިރުވުމުގެ ފަހު މަރުޙަލާ ހިގާ ތަނެވެ. 

ކާތަކެތި ހިގާ ހޮޅީގެ އެތެރޭގެ ތެތް ދުލިފަށް އިން މިޔޫކަސް ނުވަތަ ދަވަ ދޫކުރެއެވެ. މިދަވައިގެ ސަބަބުން ކާތަކެތި ހިގާ ހޮޅީގެ އެތެރެ ތެޔޮކޮށްދީ، މައިދާ އިން މައްޗަށް ކާތަކެތި ހިގާ ހޮޅިއަށް އަންނަ މައިދާ ޖޫސް އިން ނުވަތަ އެސިޑް އިން ލިބިދާނެ ގެއްލުމަކުން ކާތަކެތި ހިގާ ހޮޅި ހިމާޔަތްކޮށް ރައްކާކޮށްދެއެވެ. ކާތަކެތި ހިގާ ހޮޅީގެ އެތެރެ ތެޔޮވުމަކީ ކާތަކެތި ދިރުވުމަށް ނުވަތަ މައިދާ އާއި ހަމައަށް ވާޞިލްވުމަށް މަގުފަހިކޮށްދީ، ފަސޭހަކޮށްދޭ ކަމެކެވެ. 

ކާތަކެތި ހިގާ ހޮޅި އަކީ މަހުން އުފެދިފައިވާ ހޮޅިއަކަށް ވުމާއެކު މަހުގެ ތަބީޢަތަށް ބަލައި ކާތަކެތި ހިގާ ހޮޅި 3 ބަޔަަކަށް ބަހާލެވިދާނެއެވެ. އެގޮތުން މަތީ 3/1 ގައި ހުންނަނީ ސްޓްރިއޭޓެޑް މަސް އެވެ. އަދި ތިރީ 3/1 ގައި ހުންނަނީ މަޑު މަސް އެވެ .އަދި މެދު 3/1 ގައި ހުންނަނީ ބަޔާންކުރެވުނު ދެވައްތަރު މަސް އެކުގައެވެ. 

ކާތަކެތި ދިރުވުމުގައި ކާތަކެތި ހިގާ ހޮޅީގައި ކަޑަތުކުރާ މަރުޙަލާ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި ހިގާ މަރުހަލާއެކެވެ. އެހެންކަމުން ކުރިންބުނި ޕެރީސްޓަލްސިސް އޭ ކިޔޭ ހަރަކާތުގެ އެހީގައި ކާތަކެތި މައިދާއަށް ފޯރުކޮށްދެއެވެ. 

ދެވައްތަރެއްގެ އީސަފަޖީއަލް ޕެރިސްޓަލްސިސް() ހުރެއެވެ. 

ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހިންގާ ޕެރީސްޓަލްސިސް ގެ ހަރަކާތް ހިންގަނީ ސިކުންތަކު 3 ސމ އަށް ކާތަކެތި ދައުރުވާ ރޭޓުންނެވެ. މާނައަކީ ކޮންމެ ސިކުންތަކު 3 ސމ ގެ މިނެއް ކުރިއަށް ކާތަކެތި ފޮނުވާލައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅީގެ ދިގުމިނަކީ 25 ސމ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 10-8 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ. އަދި ސީދަލަށްހުރެ ކާއިރު މިއަށްވުރެ އަވަހަށް ވެސް ކާތަކެތި ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ބިމަށް ދަމާބާރު ނުވަތަ ގްރެވިޓީގެ ސަބަބުން ދައުރުވެއެވެ. އެގޮތުން ސިކުންތެއްގެ ތެރޭގައި 4 ސމ މިނެއް ކަޑަތުކުރެއެވެ. މާނައަކީ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 8-5 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ.

 
ކާތަކެތި ހިގާ ހޮޅިއަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅިތަކުންނެވެ. 

ކާތަކެތި ހިގާ ހޮޅީގެ ހަރަކާތް ކޮންޓްރޯލްކުރަނީ ނާރުތަކުގެ ނިޒާމް ގައި ހިމެނޭ އަންނަނިވި ނާރުތަކުންނެވެ. 

މޭމަތީގައި ދިލަ ތަދެއް އުފެދިފައި ހުރުމަކީ ވަރަށް ގިނަބަޔަކު ތަޖުރިބާކުރާ ކަމެކެވެ. މިއީ ހަގީގަތުގައި މޭ އެންދުން މޭއެންދުން ކުރިމަތިވަނީ މައިދާގައި ހުރި އެސިޑް، މައްޗަށް ގޮސް ކާތަކެތި ހިގާ ހޮޅި އަށް ވާޞިލްވުމުންނެވެ. ބައެއް މީހުންނަށް ކާތަކެތި ހިގާ ހޮޅީގައި އެއްޗެއް ތާށިވެފައި ހުންނަ ކަހަލަ އިހްސާސެއް ވާގޮތް މެދުވެރި ވެއެވެ. ކާތަކެތި ހިގާ ހޮޅި އަށް ކުރިމަތިވާ ބަލީގެ ބައެއް ޙާލަތްތައް ތިރީގައި މިވަނީ އެވެ. 




#Article 347: ފުރަމޭ (1144 words)


މިއީ މޭގަނޑެވެ.ފުރަމޭ ނުވަތަ () އަކީ  އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް()  ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން()ރައްކާކުރުން، ޕްލާޒްމާ ޕްރޮޓީން() އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ. ފުރަމޭގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމޭއާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިން ބައިލް() ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ހެޕަޓިކް، ހެޕަޓޯ()  ފަދަ ބަސްތަކުން ދޭހަކޮށްދެނީ ފުރަމޭ އާގުޅުންހުރި މިހެންނެވެ.

ފުރަމޭ ގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 1.5 ކިލޯ ގްރާމް ހުރެއެވެ. ފުރަމޭގެ ތެރޭގައި ހުންނަ ކުދިކުދި ވަޒީފީ ޔުނިޓް ތަކަށް ކިޔަނީ ލޮބިޔޫލްނުވަތަ ()  އެވެ. ފުރަމޭ ގެ ތެރޭގައި މިފަދަ ޔުނިޓްތައް 50 ހާހާއި 100 ހާހާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. މިއިން ކޮންމެ ލޮބިޔޫލް އެއް އުފެދިފައިވަނީ ހެޕަޓަސައިޓް ތައް އެތުރިގެން ހެދިފައިވާ ކޮލަމް ތަކަކުންނެވެ. ކޮންމެ ކޮލަމެއް އަނެއް ކޮލަމަކާ ވަކިކޮށްދެނީ ކުދިކުދި ލޭހޮޅިތަކުންނެވެ.

ފުރަމޭގެ ބޮޑުބައެއް އޮންނަނީ އެތެރެހަށީގައި ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. އަދި އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ. މިގުނަވަން އޮންނަނީ ފުއްޕާމޭ އާއި ޑައަފްރަމްގެ ބަނޑާއި، މޭ ގުޅޭ ހިސާބުގައެވެ.

ފުރަމޭ އޮންނަނީ އަނބެއްގެ ބައްޓަމަށެވެ. ފުރަމޭގެ 5 ފަރާތް ހުރެއެވެ. އެއީ މަތީ ފަރާތް، ތިރީ ފަރާތް، ކުރިމަތި ފަރާތް، ފުރަގަހު ފަރާތް، އަދި ކަނާތު އަރިމަތީ ފަރާތް އެވެ. ކަނާތު އަރިމަތީ ފަރާތަކީ އަނބެއްގެ ސިފަޔަށް ފުރަމޭ އޮންނައިރު އޭގެ ތިރީކޮޅެވެ. ފުރަމޭގެ އެއް ފަރާތް އަނެއް ފަރާތާއި ވަކިކުރެވިފައި ހުންނަ ބޯޑަރުތައް އެހާ ރަގަޅަކަށް ނުހުރެއެވެ. ހަމައެކަނި ރަގަޅަށް ވަކިވެފައި އިންނަނީ ތިރީ ބޯޑަރު އެވެ. ތިރީ ބޯޑަރު އަކީ ކުރިމަތީ ފަރާތާއި، ކަނާތު އަރިމަތީ ފަރާތް، ތިރީ ފަރާތާއި ވަކިކޮށްދޭ ބޯޑަރެކެވެ. 

ފުރަމޭގެ ހުރިހާ ފަރާތްތަކެއް ހުންނަނީ ޕެރިޓޯނިއަމް ނުވަތަ ()  އޭ ކިޔޭ ދުލިފަށަލަ އިން ނިވާކުރެވިފައެވެ. މިދުލިފަށަލައިން ނިވާނުވާ ތަންކޮޅެއް ފުރަމޭގެ ތެރޭގައި އިނދެއެވެ. އެތަނަށްކިޔަނީ ފުރަމޭގެ ހުސް ޖާގަ ނުވަތަ ()  އެވެ. 

ފުރަމޭ އެކުލެވިގެންވަނީ ދެ ލޯބް ގެ މައްޗަށެވެ. އެއީ ކަނާތު ލޯބް އާއި ވާތު ލޯބް އެވެ. މިތަނުން ބޮޑުވާނީ ކަނާތު ލޯބް އެވެ. ދެލޯބް ވަކިކުރަނީ އަންނަނިވި ބައިތަކުންނެވެ. 

ފުރަމޭގެ ކުރިމަތީ ފަރާތް އިންނަނީ ޑައަފްރަމް އަދި މައިދާގެ ކުރިމަތީ ފަރާތާއި ޖެހިފައި އިންނަ ގޮތަށެވެ. 

ފުރަމޭގެ މަތީ ފަރާތް ވެސް އިންނަނީ ޑައަފްރަމް އާއި ޖެހިފައި އިންނަ ގޮތަށެވެ. ޑައަފްރަމް އަކީ ފުރަމޭ މަތީ ފަރާތް، ފުއްޕާމޭގެ ތިރިއާއި، އަދި ހިތްއާއި ވަކިކޮށްދޭ ހުރަހެކެވެ. 

ފުރަމޭގެ ފުރަގަހު ފަރާތް ނުވަތަ ފަހަތު ފަރާތް އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. 

ފުރަމޭގެ ތިރީ ފަރާތް ވާތު ލޯބް ގައި ފާހަގަކުރެވިފައިވަނީ އެތަނުގައިވާ ގެސްޓްރިކް އިމްޕްރެޝަން ނުވަތަ ()  އޭ ކިޔޭ އަޑިކޮޅު ގެ ސަބަބުންނެވެ. މިއީ މައިދާގެ ޖިސްމު އެތަނެއްގައި ޖެހިފައި އިންނަ އަޑިކޮޅެވެ. މިއަޑިކޮޅުގެ ކަނާތް ފަރާތުގައި އޮމާންކޮށް ވަށްކޮށް އިންނަ އުފުލުމެއް ހުރެއެވެ. މިއުފުލުމަށް ކިޔަނީ ޓޫބާ އޯމެންޓޭލް ނުވަތަ ()  އެވެ. މިއުފުލުމަކީ  ލެސަރ އޯމެންޓަމް ނުވަތަ ()  ގެ ތިރީ ފަރާތް ޖެހިފައިވާ އުފުލުމެވެ. 

ފުރަމޭގެ ތިރީ ފަރާތް ކަނާތު ލޯބްގައި ހުންނަ ގޮތް މިވަނީއެވެ. ފިތް ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު ނުވަތަ () ގެ ކަނާތް ފަރާތުން ހުންނަނީ ތަފާތު 3 ބައެއް ޖެހިފައި ހުންނަ އަޑިކޮޅު ތަކެކެވެ. މިގޮތުން ފުރަތަމަ އިންނަ ޑުއަޑީނަލް އިމްޕްރެޝަން ނުވަތަ ()  އޭ ކިޔާ އަޑިކޮޅަކީ ޑުއަޑީނަމް ގެ ދެވަނަ ބައިގެ މަތީބައި ޖެހިފައި އިންނަ އަޑިކޮޅެވެ.  އެޖެހިގެން އިންނަ  ކޮލިކް އިމްޕްރެޝަން ނުވަތަ ()  އޭ ކިޔާ އަޑިކޮޅަކީ މައްޗަށްއަރާ ފަލަ ގޮހޮރު އަދި ހުރަސް ފަލަ ގޮހޮރު ގުޅޭކަން ޖެހިފައި އިންނަ އަޑިކޮޅެވެ. އެޖެހިގެން އިންނަ ރީނަލް އިމްޕްރެޝަން ނުވަތަ ()  އޭ ކިޔާ އަޑިކޮޅަކީ ކަނާތު ގުރުދާ ގެ ކުރިމަތި ޖެހިފައި އިންނަ އަޑިކޮޅެވެ. 

ފުރަމޭގެ ކަނާތު އަރިމަތީ ފަރާތް ވެސް ޖެހިފައި އިންނަނީ ޑައަފްރަމް ގައެވެ. މިހިސާބުގައި ޑައަފްރަމްއަކީ 6ން 11 ވަނަ ކައްޓާއި ހަމައަށް ހުންނަ މޭމަތީގެ ކަށިތަކާއި، ކަނާތު ފުއްޕާމޭ، ފުރަމޭ އާއި ވަކިކޮށްދޭ ހުރަހެކެވެ.

ޕޯޓާ ހެޕަޓިސް އަކީ ފުރަމޭގެ މެދުގައި އިންނަ އަޑިކޮޅެކެވެ. މިއަޑިކޮޅަކީ އެއަޑިކޮޅެއްގެ ތެރެއިން ފުރަމޭ އަށް އޭގެ ލޭހޮޅިތައް ވަދެފައި ހުންނަ އަޑިކޮޅެވެ. ޕޯޓާ ހެޕަޓިސްގެ ތެރެއިން ގޮސް ފުރަމޭގެ ތެރެއަށް ވަދެފައިވާ ބައިތަކަކީ، ހެޕަޓިކް ޑަކްޓްތައް، ފުރަމޭ އާޓަރީ އަދި އޭގެ ގޮފިތައް، ޕޯޓަލް ވެއިން އަދި އޭގެ ގޮފިތަކެވެ.

ކޮންމެ މިނިޓަކު ފުރަމޭ އަށް 1500 މިލިލީޓަރުގެ ލޭ ވާޞިލް ވެއެވެ. ނުވަތަ ފޯރުކޮށް ދެއެވެ. މިލޭ ފުރަމޭ އަށް ފޯރަނީ މައިގަނޑު 2 މަސްދަރަކުންނެވެ. އެއީ ޕޯޓަލް ވެއިން ނުވަތަ ()، އަދި ފުރަމޭ އާޓަރީ ނުވަތަ () އިންނެވެ. މިދެލޭހޮޅިން ފުރަމޭ އަށް އަންނަ ލޭ ކޮންމެ ހެޕަޓަސައިޓްނުވަތަ () އެއްގެ މެދުގައިވާ ސެންޓްރަލް ވެއިންނުވަތަ () އަށް ވާޞިލްވެ، އެއަށްފަހު ފުރަމޭ ވެއިން އަށް ވާޞިލްވެއެވެ. އަދި އެއަށްފަހު އިންފީރިއަރ ވީނާ ކޭވާނުވަތަ () އަށް އެލޭތައް ވާޞިލް ވެއެވެ.

 

 
ފުރަމޭގައި އެވްރެޖް ގޮތެއްގައި އަބަދުވެސް 450 މިލިލީޓަރުގެ ލޭ ރައްކާކޮށްފައި ބަހައްޓައެވެ. މިލޭ ރައްކާކޮށްފައި ހުންނަނީ ހެޕަޓަސައިޓްގެ ތެރޭގައި ހުންނަ ކުދިކުދި ލޭހޮޅި ތަކުގައެވެ. ހަށިގަނޑަށް ލޭ ބޭނުންވުން އިތުރުވެގެންދާ ޙާލަތްތަކުގައި ފުރަމޭގެ ތެރޭގައި ހުންނަ މިލޭ ހަށިގަނޑުގައި ހިނގާ ލޭގެ އާރަށް ފޮނުވާލައެވެ. މިސާލަކަށް ލޭހިލުން ފަދަ ޙާލަތްތަކުގައި މިގޮތަށް ވެގެންދާނެއެވެ. 

ފުރަމޭގައި ހުންނަ މެކްރަފޭޖް ސެލްތައް ކަމުގައިވާ  ކަޕްފާރސް ސެލް ތަކުން ކުޑަ ގޮހޮރު އިން ޕޯޓަލް ވެއިން ގެ ތެރެއިން ފުރަމޭ އަށް އަންނަ ޖަރާސީމް ތަކުގެ 99 އިންސައްތަ ދިރުވައި ނައްތާލައެވެ. މީގެ އިތުރުން ހަށިގަނޑާއި ބީރައްޓަހި މާއްދާތައް ވެސް މިބުނި ސެލްތަކުން ނައްތާލައެވެ. 

ފުރަމޭގެ ތެރޭގައި ބައިލް ސޯލްޓް() އުފައްދައި ބޭރުކުރެއެވެ. އަދި ބައިލް ޕިގްމެންޓް() ތައް ވެސް އުފައްދައި ބޭރުކުރެއެވެ. މީގެ އިތުރުން ފުރަމޭގެ ތެރޭގައި ޕްލާޒްމާ ޕްރޮޓީން އާއި ، ލޭގަނޑުވުމުގައި ބައިވެރިވާ ބައެއް މާއްދާތައް އުފައްދައެވެ. އަދި 25-ހައިޑްރޮކްސީ ކޮލެކެލްސިފިރޯލް ނުވަތަ ()ކިޔާ މާއްދާއެއް ވެސް އުފައްދައެވެ.

ލޭ، ގްލައިކަޖަން، ފެޓް ރައްކާ ކުރުމުގެ އިތުރުން އަންނަނިވި މާއްދާތައް ވެސް ފުރަމޭގައި ރައްކާކޮށް ގުދަން ކުރެއެވެ. 

އެހެންކަމުން ފުރަމޭ އަކީ ލޭގެ ރަތް ސެލް ތައް އުފެއްދުމުގެ މަސައްކަތް ހިންގުމަށް ބޭނުންތެރި ގުނަވަނެކެވެ. ސަބަބަކީ މިމަސައްކަތަށް ބޭނުންވާ ބައެއް މާއްދާތައް ފުރަމޭ އިން ފޯރުކޮށްދޭތީ އެވެ. އޭގެ ތެރޭގައި ވިޓަމިން-ބީ12، ދަގަނޑު، އަދި ހިމަގްލޯބިން ގައި ހިމެނޭ ގްލޯބިން ()ގެ ބައި ހިމެނެއެވެ. މީގެ އިތުރުން ލޭގެ ރަތް ސެލް މާބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައި ފުރަމޭ އިން އުފައްދައި ދެއެވެ.

އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ  ނުވަތަ () ތަކަކީ އިންސޫލިން އާ ވައްތަރު ގޮތެއް ހުންނަ ޕޮލިޕެޕްޓައިޑް ތަކެކެވެ. އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ  އަކީ ކޮމްޕްލެކްސް ސިސްޓަމް(Complex system) ބައެކެވެ. އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ  އުފައްދައި ދޫކުރަނީ ފުރަމޭ ގެ ތެރޭގައި ހުންނަ ހެޕަޓަސައިޓް(Hepatocyte)  ތަކުންނެވެ. އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ  ދެވައްތަރު ވެއެވެ. އެއީ އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ1 އަދި އިންސޫލިން ލައިކް ގްރޯޘް ފެކްޓަރ2 އެކެވެ. 

އެންޖީއޯޓެންސިން ނުވަތަ () އަކީފުރަމޭ ގެ ތެރޭގައި ހުންނަ ހެޕަޓަސައިޓް(Hepatocyte)  ތަކުން އުފައްދައި ދޫކުރާ އޮލިގޯޕެޕްޓައިޑް އެކެވެ. މިމާއްދާ ގެ ސަބަބުން ލޭހޮޅިތައް ހަނިވުން(Vasoconstriction) ، ކުރިމަތިކުރުވައި، ލޭގެ ޕްރެޝަރު މަތިކުރުވައި، އެޑްރީނަލް ގްލޭންޑް ގެ ކޯޓެކްސް(Adrenal cortex) އިން އަލްޑަސްޓަރޯން(Aldosterone) ދޫކުރުން މެދުވެރި ކުރުވައެވެ. އެންޖީއޯޓެންސިން އަކީ ބާރުގަދަ ޑިޕްސަޖަން (Dipsogen) އެކެވެ. އެންޖީއޯޓެންސިން އުފެދިގެން އަންނަނީ އޭގެ ޕްރިކޯސަރ މޮލިކިއުލް ކަމުގައިވާ ފުރަމޭގައި އުފެދޭ އެންޖީއޯޓެންސިނަޖަން(Angiotensinogen) އިންނެވެ. 

ތްރޮމްބޯ ޕޮއިއިޓިން ނުވަތަ () އަކީ ފުރަމޭ އަދި ގުރުދާ އިން އުފައްދާ ގްލައިކޯ ޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ޕްލޭޓްލެޓްތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ހިމެނޭ މެގަކެރީއޯސައިޓް(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.

ފުރަމޭގެ ކެންސަރު() އަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. 

ފުރަމޭ ދުޅަވުން () އަކީ އެއްވެސް ސަބަބަކާ ހެދި ފުރަމޭ ގައި އިންފްލެމޭޝަން އުފެދުމެވެ. ފުރަމޭ ދުޅަވުން މެދުވެރިވެއްޖެނަމަ އިންފްލެމޭޓަރީ ސެލްތައް ފުރަމޭގައި އިތުރުވެގެން ދެއެވެ. އެންމެ އާންމު ގޮތެއްގައި ފުރަމޭ ދުޅަވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. ފުރަމޭ ދުޅަވުމުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ވައިރަސްގެ އިތުރުން ތަފާތު ވައްތަރުގެ ވިހަތައް، ބައެއް ކަހަލަ އިންފެކްޝަންތައް، އަދި ބައެއް ކަހަލަ ބޭސްތަކާއި މިނޫން ކަންތައް ތަކުގެ ސަބަބުން ވެސް ފުރަމޭ ދުޅަވުން މެދުވެރި ކުރުވައެވެ. 

ބަޔާން ކުރެވުނު ދެވައްތަރުގެ އެންޒައިމް ފުރަމޭ، ހިތް ، އަދި ކަށި މަސް ގައި ހުރެއެވެ. އެހެން ކަމުން މިބުނި ޓިޝޫތަކަށް ގެއްލުން ލިބުމުން ނުވަތަ އެޓިޝޫތަކުގެ ބަލިތަކުގެ ސަބަބުން މިއެންޒައިމްތަކުގެ މިންވަރު ލޭގައި އިތުރުވެގެން ދެއެވެ. މިސާލަކަށް މަޔޯކާޑިއަލް އިންފާރކްޝަން އަދި ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި ލޭގައި މިއެންޒައިމްތަކުގެ މިންވަރު އިތުރުވެގެން ދެއެވެ.  

ބަޔާން ކުރެވުނު އެންޒައިމް ފުރަމޭ، ކަށި، ކުޑަ ގޮހޮރު، އަދި މާބަނޑުން ފައިބާ މަސް ގައި ހުރެއެވެ. ފުރަމޭގެ ބަލިތަކާއި ގުޅިގެން ލޭގައި އަލްކަލައިން ފޮސްފަޓޭސް ގެ މިންވަރު އިތުރުވެގެން ދެއެވެ. 

މިއެންޒައިމްގެ މިންވަރު ލޭގައި ފުރަމޭގެ ބައެއް ބަލިތަކާއި ގުޅިގެން އިތުރުވެގެން ދެއެވެ. ޚާއްޞަކޮށް ބަނގުރާ ބުއިމުން ކުރިމަތިވާ ފުރަމޭގެ ބަލިތަކުގައި މިއެންޒައިމްގެ މިންވަރު ލޭގައި އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ. 

 

އާންމު ގޮތެއްގައި ލޭގައި ބިލިރޫބިންނުވަތަ ()  ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 1-05 މިލިގްރާމާއި ދެމެދުގެ މިންވަރެއްގައެވެ. ލޭގައި ބިލިރޫބިން މަތިވުން ކުރިމަތިވާ ހުރިހާ ބަލިތަކާއި ރީނދޫވުން ފަދަ ބަލިތަކުގައި މިމިންވަރު އިތުރުވެގެން ދެއެވެ. 

އާންމު ގޮތެއްގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން އެއް ނުހުންނާނެއެވެ. ނަމަވެސް ރީނދޫވުމުގެ ބައެއް ވައްތަރުތަކުގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން ހުންނާނެއެވެ. 

ދުވާލަކު 2.5-05 މިލިގްރާމްގެ ޔޫރޯބިލިނޯޖަންނުވަތަ ()  ކުޑަކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ. 

ދުވާލަކު 250-50 މިލިގްރާމްގެ ސްޓާކޯބިލިނޯޖަން ނުވަތަ () ބޮޑުކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ. 

ފުރަމޭ ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ 1963 ވަނަ އަހަރު އެވެ. މިހާރުވެސް އަހަރަކު 5000 މީހުން ފުރަމޭ ބަދަލުކުރަން ޖެހޭކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. އަދި ފުރަމޭ ބަދަލުކުރާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ. 




#Article 348: ގުރުދާ (2120 words)


މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ  ނުވަތަ () އަކީ  ވެއެވެ.އެއީ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ފެހި-އޮށެއްގެ ބައްޓަމަށް އަތް މުށްކެވުމުން މުށެއްވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ލަމްބާރ ވާޓެބްރާ ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ޕެރިނެފްރިކް ފެޓް () އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ފެޓްގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި އެޑްރީނަލް ގްލޭންޑް ()އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ލޭހޮޅި ނުވަތަ ()  ނުވަތަ ރީނަލް އާޓަރީގެ ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީ ނުވަތަ އެއޯޓާ ނުވަތަ()ގެ ބަނޑާވީ ހިސާބުގައިވާ ބައި ނުވަތަ އެބްޑަމިނަލް އެއޯޓާ ނުވަތަ() އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. މިގޮތަށް ގުރުދާ އަށް ލޭ ވާޞިލްވުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގުރުދާގެ މައިގަނޑު މަސައްކަތަކީ ލެއިން ހަށިގަނޑަށް ބޭނުންނުވާ ފެނަށް ގިރޭ ނުވަތަ() މާއްދާތަށް ފުރާނާ ލައިގެން ވަކިކުރުމެވެ. ގުރުދާގެ މެދެއް ހާ ހިސާބުން އެތެރޭ ފަރާތުން ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި  ނުވަތަ ގުރުތާ،ނިކުމެފައި ވެއެވެ. މިހޮޅި ތިރިއަށް ގޮސްގުޅެނީ މަސާނާ އަށެވެ. 

ގުރުދާ އަކީ ތަފާތު ވަޒީފާތައް ނުވަތަ މަސައްކަތްތައް ފުރިހަމަކުރާ ގުނަވަނެކެވެ. މިގޮތުން ގުރުދާ އަދާކުރާ ވާޖިބު ތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި އުފެއްދުން، ހަށިގަނޑުގައި ބައެއް ކަހަލަ މަޢުދަންތައް ނުވަތަ() ، ނުވަތަ އިލެކްޓްރޮލައިޓް ގެ މިންވަރު ކޮންޓްރޯލް ކުރުން، އަދި ހަށިގަނޑުގައި އެސިޑް-ބޭސް ގެ ހަމަ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ގުރުދާ އަދި ހަށިގަނޑުގެ އެހެން ބައިތަކުން އުފައްދާ ބައެއް ހޯރމޯންތަކުގެ އެހީގައި ގުރުދާއިން ސޯޑިއަމް، ޕަޓޭސިއަމް، އަދި ކެލްސިއަމް ފަދަ އިލެކްޓްރޮލައިޓްތައް ބޭރުކޮށް އަލުން އަނބުރައި ހަށިގަނޑަށް އެނަގައެވެ. ނުވަތަ ހަށިގަނޑުގެތެރެއަށް އެމާއްދާތައް ދަމައެވެ. 

އިންސާނާގެ ހަށިގަނޑުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި އުފައްދައެވެ. މިއަދަދު ނުވަތަ މިންވަރު ހަށިގަނޑުގެ ޙާލަތު ހުންނަ ނުހުންނަ ގޮތަކަށް ބަލައި ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެއީ ގުރުދާ އިން ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނާލައިގެން ވަކިކުރުން ގުޅިފައި އޮންނަނީ ގުރުދާ އަށް ވާޞިލްވާ ނުވަތަ ފޯރުކޮށްދެވޭ ލޭ، ނުވަތަ ގުރުދާގައި ލޭދައުރުވުމާއި ކަމަށްވާތީ އެވެ. ހަށިގަނޑުގައި ދިޔާތަކެތި އެކުލެވޭ މިންވަރަށް ބަދަލު އައުމަކީ ވެސް ގުރުދާގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމެކެވެ. ގުރުދާގައިވާ ގްލޮމެރިއުލަސް ގައި ލޭދައުރުވާ މިންވަރަށް ގުރުދާގެ ތެރޭގައި އުފައްދާ ހޯރމޯންތަކާއި، އަދި ގުރުދާއިން ބޭރުން އުފައްދާ ބައެއް ހޯރމޯންތަކުގެ ސަބަބުން ބަދަލު ގެނުވައެވެ. ބައެއް ކަހަލަ ބޭސް ތަކުގެ ސަބަބުން ވެސް ސީދާކޮށްނާއި، ނުސީދާކޮށް ކުޑަކަމުދާ ތަކެތި އުފެއްދުމަށް ބުރޫ އަރުވައެވެ.

ކޮންމެ ގުރުދާއެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 10-11 ސެންޓިމީޓަރު، ފުޅާމިނުގައި 5.5 ސެންޓިމީޓަރު، އަދި ބޯމިނުގައި  3 ސެންޓިމީޓަރު ހުރެއެވެ. އަދި ބަރުދަނުގައި 150 ގްރާމް ހުރެއެވެ. ދެ ގުރުދާއެއްކޮށް މުޅި ހަށިގަނޑޫގެ ބަރުދަނުގެ 0.5 އިންސައްތަ ހިއްޞާ ކުރެއެވެ. ކޮންމެ ގުރުދާއެއްގެ މެދުން ހަށިގަނޑުގެ އެތެރެއާވީ ފަރާތުން އަޑިކޮޅެއް ނުވަތަ ހުޅުވުމެއް އިދެއެވެ. މިތަނަން ކިޔަނީ ހައިލަމް ނުވަތަ() އެވެ. ގުރުދާ އާޓަރީ، ގުރުދާ ވެއިން، ނާރުތައް، އަދި ގުރުތާ ފަދަ ޓިޝޫތައް ގުރުދާއަށް ގުޅިފައިވަނީ މިބުނި ބައިގެ ތެރެއިންނެވެ.ގުރުދާގެ ބޭރުން އިންނަ ބަޔަށް ކިޔަނީ ރީނަލް ކޯޓެކްސް ނުވަތަ () އެވެ. އޭގެ އެތެރެއިން އިންނަ ބަޔަށްކިޔަނީ ރީނަލް މިޑުލާނުވަތަ () އެވެ. ރީނަލް މިޑުލާ ގައި 20-10 އާއި ދެމެދުގެ މިންވަރަކަށް ގުރުދާ ޕިރަމިޑް() ހުރެއެވެ. ކޮންމެ ގުރުދާ ޕިރަމިޑްއެއްގެ ކޮޅު ނިމިފައި އިންނަނީ ރީނަލް ކެލިކްސް ނުވަތަ () އަށެވެ. އަދި ރީނަލް ކެލިކްސް ވަނީ ގުރުދާ ޅިނދުއާ ގުޅިފައެވެ. ގުރުތާ ނިކުމެފައިވަނީ ގުރުދާ ޅިނދު އިންނެވެ.

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ލޭހޮޅި() ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅި، ނުވަތަ އެއޯޓާ () ގެ ބަނޑާވީ ހިސާބުގައިވާ ބައި ނުވަތަ އެބްޑަމިނަލް އެއޯޓާ () އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. ގުރުދާގެ ތެރޭގައި ގުރުދާ އާޓަރީ()، އިންޓަލޯބަރ އާޓަރީ () ތަކަށް ކަފިވެގެން ދެއެވެ. އަދި ފަހުން މިބުނި އާޓަރީ ތަކުން އާކުއޭޓް އާޓަރީ() ތައް އުފެދި އެއިން ކޯޓިކަލް އާޓަރީ() އުފެދިގެން ދެއެވެ.

ނެފްރޯން އަކީ ގުރުދާ ގައިވާ އެންމެ ކުޑަ ފަންކްޝަނަލް ޔުނިޓް އެވެ.  ކޮންމެ ގުރުދާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ނެފްރޯން ވެއެވެ. ފެނާއި މައުދަންތައް ގުރުދާގައި ހުރުން ތަންޒީމްކޮށް ބަލަހައްޓަނީ ނެފްރޯން ތަކުންނެވެ. މިބުނި މާއްދާތައް ތަންޒީމްކޮށް ހަމަހިފަހައްޓައިދީ ބަލަހައްޓަނީ ލޭފުރާނާލުން ކުރިމަތިކުރުވައިގެންނާއި، ބޭނުންވާ ބައެއް މާއްދާތައް ހަށިގަނޑަށް އަލުން ދަމައިގެންނާއި، އަދި ބޭނުން ނުވާ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުން ފަދަ ކަންތައްތައް ފުރިހަމަކޮށްގެންނެވެ.

ނެފްރޯން އެއްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ. 
ނެފްރޯންގެ އެއްކޮޅު އިންނަނީ ބެދިފައެވެ. އަނެއްކޮޅު އިންނަނީ ހުޅުވިފައެވެ. 

ރީނަލް ކޯޓެކްސް () އަކީ ގުރުދާގެ ބޭރަށް އިންނަ ބައެވެ. ނުވަތަ އޭގެ ތޮށި ގަނޑެވެ. ތޮށިގަނޑުގެ ބޭރު ތުނި ދުލިފަށެއް އިނދެއެވެ. އެއީ ރީނަލް ކެޕްސޫލް () އެވެ. އެހެން ކަމުން ރީނަލް ކޯޓެކްސް އިންނަނީ މިބުނި ދުލިފަށް އަދި ރީނަލް ކޯޓެކްސް އަށް ވުރެ އެތެރެއިން އިންނަ ގުރުދާގެ ބައި ރީނަލް މިޑުލާ () އާއި ދޭތެރޭގައެވެ. ރީނަލް މިޑުލާ () އަކީ ގުރުދާ އެތެރޭގައިވާ މަދެވެ.

ރީނަލް މިޑުލާ () އަކީ ގުރުދާ އެތެރޭގައިވާ ގުރުދާ ގެ މަދެވެ. ރީނަލް މިޑުލާ ގައި 18-8 އަކާއި ދެމެދުގެ މިންވަރަކަށް ގުރުދާ ޕިރަމިޑް ތައް ހުރެއެވެ. ގުރުދާ ޕިރަމިޑްތަކުގެ ބުޑު ނުވަތަ ބޭސް ހުންނަނީ ގުރުދާގެ  ތޮށިގަނޑު ނުވަތަ ގުރުދާގެ ބޭރުބައި ނުވަތަ ރީނަލް ކޯޓެކްސް އާއި ދިމާލަށް ވާގޮތަށެވެ. އަދި ގުރުދާ ޕިރަމިޑް ތަކުގެ ކޮޅު ހުންނަނީ ގުރުދާގެ އެތެރެ ފަރާތަށް ނުވަތަ ރީނަލް މިޑުލާ ނުވަތަ އޭގެ މަދުއާއި ދިމާވާ ގޮތަށެވެ.

ނެފްރޯން އަކީ ގުރުދާ ގައިވާ އެންމެ ކުޑަ ފަންކްޝަނަލް ޔުނިޓް އެވެ.  ކޮންމެ ގުރުދާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ނެފްރޯން ވެއެވެ. ފެނާއި މައުދަންތައް ގުރުދާގައި ހުރުން ތަންޒީމްކޮށް ބަލަހައްޓަނީ ނެފްރޯން ތަކުންނެވެ. މިބުނި މާއްދާތައް ތަންޒީމްކޮށް ހަމަހިފަހައްޓައިދީ ބަލަހައްޓަނީ ލޭފުރާނާލުން ކުރިމަތިކުރުވައިގެންނާއި، ބޭނުންވާ ބައެއް މާއްދާތައް ހަށިގަނޑަށް އަލުން ދަމައިގެންނާއި، އަދި ބޭނުން ނުވާ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުން ފަދަ ކަންތައްތައް ފުރިހަމަކޮށްގެންނެވެ.

ގުރުދާ ޕިރަމިޑް () އަކީ ގުރުދާގެ ތެރޭގައި ކޯން-ބައްޓަމަށް ހުންނަ ޓިޝޫ އެކެވެ. ރީނަލް މިޑުލާ ގައި 18-8 އަކާއި ދެމެދުގެ މިންވަރަކަށް ގުރުދާ ޕިރަމިޑް ތައް ހުރެއެވެ. ރީނަލް ޕިރަމިޑް ތަކުގެ ބުޑު ނުވަތަ ބޭސް ހުންނަނީ ގުރުދާގެ ބޭރުބައި ނުވަތަ ރީނަލް ކޯޓެކްސް އާއި ދިމާލަށް ވާގޮތަށެވެ. އަދި ރީނަލް ޕިރަމިޑް ތަކުގެ ކޮޅު ހުންނަނީ ގުރުދާގެ އެތެރެ ފަރާތަށް ދިމާވާ ގޮތަށެވެ. ރީނަލް ޕިރަމިޑްތަކުގެ އެތެރެ ފެންނަ ފެނުމަށް ހީވާނީ ރޮނގު ތަކެއް ދަމާފައި ހުންނަ ހެންނެވެ. މިގޮތަށް ފެންނަން ހުންނަނީ އޭގެ ތެރޭގައި ޖެހިޖެހިގެން އެތުރިފައި ހުންނަ ނެފްރޯން ތަކުގެ ސަބަބުންނެވެ. 

ގުރުދާ ޅިނދު ނުވަތަ ރީނަލް ޕެލްވިސް ()އަކީ ގުރުދާގެ ތެރޭގައި ފައްކާ-ބައްޓަމަށް ފުޅާވެފައި އިންނަ ގުރުތާ ގެ ފެށޭ ބައެވެ. އެހެން ކަމުން ގުރުދާ އިން ގުރުތާ ކުރިފަޅައި ނިކުންނަނީ ރީނަލް ޕެލްވިސް އިންނެވެ. ރީނަލް ޕެލްވިސް އަކީ ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ފުރާނަލަދޭ ފުރޭންޏެއް ފަދަ ޓިޝޫ އެކެވެ. 

ކުދި ކެލިކްސް ()ތައް ހުންނަނީ ގުރުދާ ޕިރަމިޑް ތަކުގެ ކޮޅު ވަށާލާފާއެވެ. ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ގުރުދާ ޕެޕިލާ ހުރަސްކޮށް، ކުދި ކެލިކްސް ތަކަށް ވާޞިލްވެ، އެއަށްފަހު މައި ކެލިކްސް ތަކަށް ވާޞިލް ވެއެވެ. އަދި އެއަށްފަހު ގުރުދާ ޅިނދުއަށް ވާޞިލްވެ، އެތަނުން ގުރުތާ އަށް ގޮސް އެންމެ ފަހުން މަސާނާ އަށް ފޯރަނީ އެވެ.

މައި ކެލިކްސް ()ތައް ހުންނަނީ ގުރުދާ ޕިރަމިޑް ތަކުގެ ކޮޅު ވަށާލާފާއެވެ. ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ގުރުދާ ޕެޕިލާ ހުރަސްކޮށް، ކުދި ކެލިކްސް ތަކަށް ވާޞިލްވެ، އެއަށްފަހު މައި ކެލިކްސް ތަކަށް ވާޞިލް ވެއެވެ. އަދި އެއަށްފަހު ގުރުދާ ޅިނދުއަށް ވާޞިލްވެ، އެތަނުން ގުރުތާ އަށް ގޮސް އެންމެ ފަހުން މަސާނާ އަށް ފޯރަނީ އެވެ.

ގުރުދާ ޕެޕިލާ ()އަކީ ރީނަލް މިޑުލާގައި ހުންނަ ގުރުދާ ޕިރަމިޑްތައް ކުޑަކަމުދާ ތަކެތި، ގުރުދާ ޅިނދުގެ ތެރެއަށް ހުސްކޮށްލާ ތަނެވެ. މިހިސާބުގައި ހުންނަނީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ.

ގުރުދާ ކޮލަމް ()އަކީ ރީނަލް ކޯޓެކްސް އިން ރީނަލް މިޑުލާގެ ތެރެއަށް ގޮސްފައި ހުންނަ ރީނަލް ކޯޓެކްސް ގެ ބައެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ގުރުދާ ޕިރަމިޑް ތަކުގެ ދެމެދުގައި ހުންނަ ރީނަލް ކޯޓެކްސް ގެ ބައެކެވެ. ކޮންމެ ކޮލަމެއްގެ ތެރޭގައި ކުދި ލޭހޮޅިތައް، ކުދިކުދި ހޮޅިތައް އަދި ފައިބަރަސް މެޓީރިއަލް ތައް އެކުލެވިގެން ވެއެވެ.

 
ލޭގެ ޕްރެޝަރު ދަށްވުމުން ގުރުދާ އިން ރީނިން ބޭރުކުރަން ފަށައެވެ. ރީނިން އަކީ އެންޖީއޯޓެންސިނަޖަން އެންޖީއޯޓެންސިން1 އަށް ބަދަލުކުރުމުގައި އެހީވެދޭ ހޯރމޯން އެކެވެ. އަދި އެއަށްފަހު އެންޖީއޯޓެންސިން1 އެންޖީއޯޓެންސިން2 އަށް ބަދަލުވެއެވެ. ފަހުން މިބުނި ބަދަލުވުން ހިގާހިނދު އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް ކިޔާ އެންޒައިމެއްގެ އެހީހޯދައެވެ. އެންޖީއޯޓެންސިން2 އެޑްރީނަލް ކޯޓެކްސް އިން އަލްޑަސްޓަރޯން ދޫކުރުމަށް ބާރުއަޅައެވެ. 

ގުރުދާގެ ހޮޅިތަކުން ސޯޑިއަމް އަބުރައި ގުރުދާގެ ތެރެއަށް ދެމުމަށް އަލްޑަސްޓަރޯން ބާރުއަޅައެވެ. އަދި މިގޮތަށް ސޯޑިއަމް ގުރުދާގެތެރެއަށް ދެމުމުން ފެނުގެ މިންވަރު މަތިވެ، އެފެން ވެސް ގުރުދާގެ ތެރެއަށް ދަމައެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ވޮލިއުމް މަތިވެ، ޕްރެޝަރު މަތިވެގެން ދެއެވެ. 

ރީނިން ނުވަތަ ()  އަކީ ގުރުދާގައިވާ ޖަކްސްޓަގްލޯމެރީޔުލަރ އެޕަރޭޓަސް ގައި ހުންނަ ޖަކްސްޓަގްލޯމެރީޔުލަރ ސެލް(Juxtaglomerular cell) ތަކުން އުފައްދައި ބޭރުކުރާ އެންޒައިމް އެކެވެ. މިއެންޒައިމް ބޭރުކުރަން ފަށަނީ ލޭގެ ވޮލިއުމް ދަށްވުން ނުވަތަ ސޯޑިއަމް ކްލޮރައިޑް ލޭގައި ދަށްވާ ޙާލަތްތަކުގައެވެ. މިއެންޒައިމް އަށް އެންޖީއޯ ޓެންސިނަޖިނޭސް(Angiotensinogenase) އޭ ވެސް ކިޔައެވެ. 

އިރިތްރޯ ޕޮއިއިޓިން ނުވަތަ ()  އަކީ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިއީ ކަށީގެ މަދުގައި ހުންނަ ލޭގެ ރަތް ސެލްތަކުގެ ޕްރިކޯސަރ ތަކަށް ހުންނަ ސައިޓޯކީން(Cytokine)  އެކެވެ. އިރިތްރޯ ޕޮއިއިޓިން އަށް ހީމަޓަޕޮއިއިޓިން(Haematopoietin)  އަދި ހީމަޕޮއިއިޓިން(Hemapoietin) އޭ ވެސް ކިޔައެވެ. އިރިތްރޯ ޕޮއިއިޓިން އުފެދެނީ ގުރުދާ ގައި ހުންނަ އެކްސްޓްރާ ގްލޯމެރީޔުލަރ މިސަންޖިއަލް ސެލް (Extarglomerular mesangial cell)  ތަކުންނެވެ. މިއީ ލޭގެ ރަތް ސެލްތައް އުފެއްދުން ތަންޒީމް ކޮށްދޭ މައި ހޯރމޯން އެވެ. 

ކެލްސިޓްރިއޯލް ނުވަތަ () އަކީ ހަށިގަނޑުގައި ހުންނަ ވިޓަމިންޑީ ގެ ހަރަކާތްތެރި ވައްތަރު އެވެ. މިހޯރމޯން އަށް ވަން-ޓްވެންޓީ ފައިވް ޑައިހައިޑްރޯކޯލިކެލްސިފެރޯލް(1-25 Dihydrocholecalciferol) އަދި ވިޓަމިންޑީ3(Vitamin D3)  އޭވެސް ކިޔައެވެ. މިހޯރމޯން ހަށިގަނޑުގައި އުފެދެނީ ގުރުދާ ގެ ތެރޭގައެވެ. އެގޮތުން ގުރުދާ ގެ ތެރޭގައި ކެލްސިޑިއޯލް(Calcidiol) ކެލްސިޓްރިއޯލް އަށް ބަދަލުވަނީ ޚާއްޞަ އެންޒައިމެއްގެ އެހީގައެވެ. ބޭސް އުފައްދާ ކާރުޚާނާ ތަކުން މިހޯރމޯން ބޭހެއްގެ ގޮތުގައި އުފައްދައި ބާޒާރުގައި ވިއްކަން ހުރެއެވެ. 

ތްރޮމްބޯ ޕޮއިއިޓިން ނުވަތަ () އަކީ ފުރަމޭ އަދި ގުރުދާ އިން އުފައްދާ ގްލައިކޯ ޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ޕްލޭޓްލެޓްތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ހިމެނޭ މެގަކެރީއޯސައިޓް(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.

އަހަރެމެން ކާނާއެއް ކެއުމުން އޭގައި ހުންނަ ހަށިގަނޑަށް ބޭނުންހުރި ބައި ހަށިގަނޑަށް ނެގުމަށްފަހު ބޭކާރު ބައި ލޭގެ ތެރެއަށް ފޮނުވާލައެވެ. މިގޮތުން ލޭގެ ތެރެއަށް ފޮނުވާލެވޭ ބޭކާރުބައި ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރެއެެވެ. ގުރުދާ ގެ އެހީގައި ލޭގައި އެކުލެވޭ މިބުނި ބޭކާރު މާއްދާތައް ސާފުނުކުރެވޭނަމަ މައްސަލަތަކާ ކުރިމަތިވެ ހަށިގަނޑަށް ގެއްލުންވާގޮތް މެދުވެރި ވެއެވެ. 

ލޭފުރާނައި ސާފުކުރުމުގެ މަސައްކަތް ހިންގަނީ ގުރުދާގައިވާ އެންމެ ކުދި ޔުނިޓްތައް ކަމުގައިވާ ނެފްރޯން(Nephron)  ތަކުގައެވެ. ކޮންމެ ގުރުދާއެއްގައި މިލިއަނެއްހާ ނެފްރޯން ހުރެއެވެ. 

މިގޮތުން ލޭގެ ތެރޭގައި ހުންނަ ބޭކާރު ބައިތައް ގުރުދާގެ ތެރެއަށް އަންނަ އައުމުގައި ހަށިގަނޑަށް އަލުން ބޭނުންކުރެވިދާނެ ކެމިކަލްތައް ވެސް އާދެއެވެ. މިސާލަކަށް މެގްނީޒިއަމް، ސޯޑިއަމް، ފޮސްފަރަސް، ޕޮޓޭސިއަމް ގުރުދާގެ ތެރެއަށް އައުމުން އެތަކެތި ލޭގައިހުރި މިންވަރު ވަޒަންކޮށް މަދުކަމުގައިވާ ނަމަ އެކެމިކަލްތައް އަބުރާ ހަށިގަނޑަށް ދަމައެވެ. ހަށިގަނޑުގައި މިބުނި މަޢުދަންތަކުގެ ނިސްބަތް ކޮންޓްރޯލްކޮށް ހަމަހިފަހައްޓަނީ މިއުސޫލުގެ ދަށުންނެވެ. 

ގުރުދާ އުފެދިގެން އަންނައިރު މައިގަނޑު 3 މަރުޙަލާއެއް ކަނޑަތުކުރެއެވެ. ގުރުދާ އުފެދިގެން އަންނަނީ ބަނޑުގައި ކުޑަ ދަރިފުޅު އުފެދެން ފަށާއިރު ހެދޭ ފުރަތަމަ 3 ފަށަލައިގެ ތެރެއިން މެދު ފަށަލަ ނުވަތަ މެޒަޑާރމް() އިންނެވެ. 

ބަނޑުގައި ދަރިފުޅު އަށަގަންނަން ފަށާތާ 22 ވަނަ ދުވަހު އިންޓަމީޑިއޭޓް މެޒަޑާރމްގެ ބޯލާކޮޅުން ޕްރޯނެފްރަސް ޖޯޑެއް ދައްކާލައެވެ. މިހިސާބުގައި އެޕިތީލިއަލް ސެލްތައް އެތުރިފައި ހުންނަނީ ނެފްރޮޓޯމް() އޭ ކިޔާ ކުދިކުދި ހޮޅިތަކެއްގެ ސިފަޔަށެވެ. އަދި އެއްހޮޅި އަނެއް ހޮޅި އާ ދެމެދުވާ ބަޔަށް ނުވަތަ ހޮޅިތައް ގުޅުވައިދޭ މަގަށް ޕްރޯނެފްރިކް ޑަކްޓް() އޭ ކިޔައެވެ. 

ކޮންމެ ޕްރޯނެފްރިކް ޑަކްޓް އެއް ކުޑަ ދަރިފުޅުގެ ފައިލާ ކޮޅަށް ބޮޑުވަމުން ދެއެވެ. އަދި ތޮރަކޯ ލަމްބާ އޭރިއާގައި ހުރި އިންޓަމީޑިއޭޓް މެޒަޑާރމް އެޕިތީލިއަލް ހޮޅިތަކަކަށް ބަދަލުވެއެވެ. ކުދިކުދި މިހޮޅިތަކަށް މެޒަނެފްރިކް ޓިބިއުލްސް() އޭ ކިޔައެވެ. ކޮންމެ މެޒަނެފްރިކް ޓިބިއުލް އަކަށް އަޔޯޓާ އިން ލޭ ފޮނުވައިދެއެވެ. އަދި މިލޭތައް ގޮސް ނިމެނީ އޭގައި އިންނަ ކެޕިލަރީ ޓަފްޓް އަކަށެވެ. މެޒަނެފްރިކް ޓިބިއުލް ކެޕިލަރީ ޓަފްޓް ގެ ވަށައިގެން ތުނި ދުލިފަށަލަ އެއް ލައްވައެވެ. އެއީ ލޭ ފުރާނާ ލުމަށްޓަކައެވެ. މިގޮތުން މެޒަނެފްރިކް ޓިބިއުލް ތަކުގައި ފުރާނާލޭ އެޅެނީ މެޒަނެފްރިކް ޑަކްޓް ތަކަށެވެ. އެއީ ކުރިން ޕްރޯނެފްރިކް ޑަކްޓް ތަކެވެ. 

ބަނޑުގައި ދަރިފުޅު އަށަގަންނަތާ 5 ވަނަ ހަފްތާގެ ތެރޭގައި މެޓަނެފްރިކް ޑަކްޓް އުފެދި އަދި ފަހުން ގުރުތާ އުފެދިގެން ދެއެވެ. އަދި އޭގެ ފަހުން ގުރުދާގެ އެތެރޭގެ ހޮޅިތަކުގެ ނިޒާމް އުފެދިގެން ދެއެވެ.

މިއީ އުފެދުމުގައި ދެގުރުދާ ގުޅި އަސްފައިގެ ބައްޓަމަށް ދެގުރުދާ ހުރުމެވެ. މިއީ ދެގުރުދާ ގުޅިގެން އުފެދުމުގެ ތެރޭގައި ކުރިމަތިވާ އެންމެ އާންމު ޢައިބެކެވެ. އާބާދީގެ ކޮންމެ 600ން

މިއީ އުފެދުމުގައި އާދަޔާ ޚިލާފަށް ގުރުދާގައި ވައިކޮތަޅު ހެދިފައި ހުރުމެވެ. އެގޮތުން ދެ ގުރުދާގައި އާދަޔާ ޚިލާފަށް ގިނައިން ވައިކޮތަޅު ނުވަތަ ސިސްޓް އުފެދެއެވެ. މިބަލި ޖެހުމުން ފުރަމޭ،ޗިސްމޭ، ސިކުނޑި، އަދި ހިތް އަށް އަސަރު ފޯރައެވެ. ގުރުދާ ވައިކޮތަޅު ހެދުން މިބަލީގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ.

މިއީ ހަކުރު ބަލީގެ ސަބަބުން ގުރުދާ ހަލާކުވެ ދިއުމެވެ. މިބައްޔަށް ކިމެލްސްޓީލް-ވިލްސަން ސިންޑްރޯމް، އަދި އިންޓަކެޕިލަރީ ގްލޯމެރިޔުލޯ ނެފްރައިޓިސް އޭ ވެސް ކިޔައެވެ. މިބަލީގެ ސަބަބުން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ނުވަތަ ކެޕިލަރީ ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑައަލަސިސް ހަދަން ޖެހެއެވެ.

މިއީ ގުރުދާގައި ހިމެނޭ ކުދިކުދި ގްލޯމެރިޔޫލަސް ނުވަތަ ކުދިކުދި ލޭހޮޅި ތަކުގައި އިންފްލެމޭޝަން އުފެދުމެވެ. މިބަލި ޖެހުމުން ކުޑަކަމުދާ ތަކެތީގައި ލޭހުރުން، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުން، ފަދަ ކުރިމަތި ކުރުވައެވެ. ނެފްރެޓިކް ސިންޑްރޯމް، ނެފްރިޓިކް ސިންޑްރޯމް، ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން، ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިއިން ކޮންމެ ކަމަކީ މިބައްޔާއި ގުޅިގެން ކުރިމަތިވެދާނެ މައިގަނޑު ބައެއް ކަންތައްތަކެވެ. މިބަލީގެ ތަފާތު ވައްތަރުތައް ހިމެނޭ އިރު މައިގަނޑު ގޮތެއްގައި މިބަލީގެ ވައްތަރުތައް ވަނީ ދެބަޔަކަށް ބަހާލެވިފައެވެ. 

މިއީ ގުރުދާ އިން ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސްތަކާ ކުރިމަތިވެ، ކުޑަކަމުދާ ތަކެތި ޖަމާވުމުން ގުރުދާގެ ޕެލްވިސް ފުޅާވެ ފުފޭ ގޮތް ވުމެވެ. އެންމެ ސާދާ ބަހުން ބުނާނަމަ މިއީ ގުރުދާ އިން ކުޑަކަމުދާ ތަކެތި ބޭރުނުވެ، އޭގައި ޖަމާވެފައި ހުރުމެވެ. ލަފްޒީ މާނައަށް ބަލާއިރު މީގެ މާނައަކީ ގުރުދާގައި ފެންޖަމާވުމެވެ. 

ގުރުދާގެ ކެންސަރުގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު އެވެ. އަނެއް ވައްތަރަކީ ގުރުދާ ސެލް ކެންސަރު ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރު އަށް ނެފްރޯބްލާސްޓޯމާ އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.

މިއީ ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން މައްޗަށް ގޮސް ގުރުދާގެ ޕެލްވިސް އަށް އޭގެ އަސަރު ނުވަތަ އިންފެކްޝަންގެ އަސަރު ފޯރުމެވެ. ޕައިއެލޯ ނެފްރައިޓިސް މިބަހުގައިވާ ޕައިއެލޯ ނިސްބަތްވަނީ ޕައިއެލަމް އަށެވެ. މާނައަކީ ގުރުދާ ގެ ޕެލްވިސް އެވެ. ނެފްރޯސް މިބަހުގެ މާނައަކީ ގުރުދާ އެވެ. ނެފްރޯސް އަކީ ގްރީކް ބަހުން ގުރުދާއަށް ކިޔާ ނަމެވެ. 

މިއީ ދިފާޢީ ނިޒާމް އަށް ޖެހޭ ބައްޔެއް ކަމުގައިވާ ސިސްޓެމިކް ލޫޕަސް އިރިތްމަޓޯސަސް(އެސްއެލްއީ) ކިޔާ ބައްޔެއްގެ ޖެހުމުން އޭގެ ސަބަބުން ގުރުދާ އަށް އަސަރުކޮށް ގުރުދާގައި އިންފްލެމޭޝަން އުފެދުމެވެ. މިބުނި ބަލީގެ ސަބަބުން ގުރުދާގެ އިތުރުން ހަންގަނޑު، ހުޅުތައް، އަދި ނާރުތަކުގެ ނިޒާމްއަށް އަސަރު ފޯރުވައެވެ.

އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި އުފެދޭ ހިލައަކީ ތަފާތު މަޢުދަން ތަކާއި، ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ. 

ގުރުދާ ފޭލްވުން އަކީ ހަށިގަނޑުގައިވާ ދެގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައުމެވެ. ބައޯކެމިކަލް ގޮތުން ގުރުދާ ފޭލްވިކަން އަންގައިދެނީ ލޭގައި ކްރިއެޓިނިން ހިމެނޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވާނަމަ އެވެ. ފިޒިއޮލޮޖިކަލް ގޮތުން ބަލާއިރު ގުރުދާ ފޭލްވުން ކަމުގައި ބެލެވެނީ ގްލޯމެރިޔުލަރ ފިލްޓްރޭޝަން ރޭޓް ދަށްވުމަށެވެ. ގުރުދާ ފޭލްވުން ދެބަޔަކަށް ބަހާލެވެއެވެ. އެއީ ވަގުތީ ސިފައެއް ގައި ގުރުދާ ފޭލްވުން އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިދެވައްތަރެވެ.

ދުނިޔޭގެ ގުރުދާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ދެވަނަ އަންނަ ބުރާސްފަތި ދުވަސް އެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކުރަނީ ޢާންމުން ގުރުދާ ބަލިތަކާމެދު ހޭލުންތެރިކޮށް ބަލީގައި މީހުން ދުނިޔެ ދޫކޮށް ދިއުމުގެ ފުރުޞަތު ކުޑަކޮށް ގުރުދާގެ ބަލިތަކުން ރައްކާތެރި މުޖުތަމަޢެއްގެ ބިނާކުރުމުގެ މަގްޞަދު ގައެވެ. ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކުރަން ނިންމީ އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީ އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން ގުޅިގެންނެވެ.

ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގުރުދާ އަށް މައްސަލަތައް ކުރިމަތި ކުރުވައެވެ. ގުރުދާ އަށް މައްސަލަތަކާއި ކުރިމަތިވެއްޖެ ނަމަ އޭގެ ވަޒީފާތައް އަދާކުރުމަށް ބުރޫ އަރައެވެ. މިގޮތުން އާދަޔާ ޚިލާފަށް ބޮޑަށް ގުރުދާގެ ވަޒީފާތަކަށް ބުރޫ އަރައިފިނަމަ ގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައިސް، ގުރުދާ ބަދަލު ކުރަން ޖެހެއެވެ. އަދި ގުރުދާ ބަދަލުކުރުމުން ހަށިގަނޑަށް ލެވުނު ނުވަތަ ހަށިގަނޑުގައި އިންދުނު އާގުނަވަނުގެ އެހީގައި ބަލިމީހާ އަށް ދިރިއުޅެވިދާނެ އެވެ.

ތާރީޚް ހެކިދޭގޮތުން އެންމެ ފުރަތަމަ ގުރުދާ ބަދަލު ކޮށްފައިވަނީ ގުރުދާ ގައި ވައިކޮތަޅު ހެދުން ކުރިމަތިވެފައިވާ އުމުރުން 44 އަހަރުގެ ރުތު ޓަކަރ ކިޔާ އެމެރިކާ އަންހެނެއްގެ އެވެ. އެއީ 17 ޖޫން 1950 ގައެވެ. މިއޮޕަރޭޝަން ކުރެވުނީ ޗިކާގޯގެ އިލިނޮއިސް ގެ އެވަރގްރީން ޕާރކް ގައި ހުންނަ މޭރީ ހޮސްޕިޓަލް ގައެވެ. 

ގުރުދާ ބަދަލު ކުރަން ޖެހެނީ ގުރުދާ ބަލީގެ ފަހު މަރުހަލާ ނުވަތަ () އަށް ބަލިމީހާގެ ޙާލަތު ވާޞިލްވެއްޖެ ނަމައެވެ. މާނައަކީ ގްލޯމެރިޔޫލަރ ފިލްޓްރޭޝަން ރޭޓް ނުވަތަ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު 20-25 އިންސައްތަ އަށްވުރެ ދަށަށް ހިގައްޖެ ނަމައެވެ. ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ގެންގޮސްފާނެ ކަންތައްތަކުގެ ތެރޭގައި ހަކުރުބަލި، އިންފެކްޝަންތައް، ލޭގެ ޕްރެޝަރު މަތިވުން، އަދި ގްލޯމެރިޔޫލޯ ނެފްރައިޓިސް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ގުރުދާ ގައި ވައިކޮތަޅު ހެދުން އަދި މިނޫނަސް އުފެދުމުގައި ގުރުދާ އަށް ޖެހޭ ތަފާތު ބަލިތައް ހިމެނެއެވެ.

 
ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމަށްޓަކައި ތަފާތު ޓެސްޓްތައް ކުރެވެއެވެ. މިޓެސްޓް ތަކުގެ ބޭނުމަކީ އެމީހަކީގެ ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމާއި، އަދި މުސްތަގުބަލްގައި ނުވަތަ ގުރުދާ ބަދަލު ކުރުމުގެ ސަބަބުން ދިމާވެދާނެ، ކުރިމަތިވެދާނެ މައްސަލައެއް ހުރިތޯ ކުރިން ހޯދައި ދެނެގަތުމެވެ. މިގޮތުން ކުރެވޭ ޓެސްޓްތަކާއި ބެލޭނެ ކަންތައްތައް ތިރީގައި މިވަނީ އެވެ. 




#Article 349: މަސާނާ (294 words)


މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.މަސާނާ ނުވަތަ () އަކީ އަކީ މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އޮންނަ އެތެރެ ހުސްކޮށްވާ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން ޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ. 

މަސާނާގެ އެތެރޭގައިވާ ތެތް ދުލިފަށް(Mucosa) ގެ ބޭރު ފަށަލަ ނުވަތަ އެޕިތީލިއަމް(Epithelium)ގެ ވައްތަރަކީ ޓްރާންސިޝަނަލް އެޕިތީލިއަމް(Transitional epithelium) އެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިއްބައި ދެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ސްޓެރައިލް ގުނަވަނެކެވެ. 

މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓާރސް(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ. 

މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.

މަސާނާގެ މަސް ފަށަލަ(Detrusor muscle) އަކީ މަސާނާގެ ފާރުގައިވާ މަޑު މަސް ގެ ފަށަލަ އެކެވެ. މަސާނާ ދެމި ވާންވުމުން ޕަރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މިމަސް ފަށަލަ އަށް ކުރުގެޅުމަށް ނުވަތަ ކޮންޓްރެކްޓުވުމަށް ސިގްނަލް ދެއެވެ. މިއީ މަސާނާ އިން ކުޑަކަމުދާ ހޮޅި ހުރަސްކޮށް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައިދޭ ކަމެކެވެ. ކުޑަކަމުދާ ތަކެތި މަސާނާގައި ހަރުލައި ހުރުމަށް މަސާނާގެ ކައިރީގައިވާ ދެމަސްގަނޑު ކަމަށްވާ އަމިއްލަ ޒާތުގައި މަސައްކަތް ކުރާ އެތެރެއިން ލެވިފައިވާ އިންޓާނަލް ސްފިންކްޓަރ(Internal sphincter) އަދި އަހަރެމެންގެ ބާރު އޭގެ މައްޗަށް ފޯރުވޭ ބޭރުން ލެވިފައިވާ އެކްސްޓާނަލް ސްފިންކްޓަރ(External sphincter) ހުޅުވިފައި ހުންނަން ޖެހެއެވެ. މިދެންނެވި ދެމަސްގަނޑަށް މައްސަލަ ކުރިމަތިވެއްޖެނަމަ ފަހަރުވާ ނުހިފެހެއްޓުން ފަދަ މައްސަލައެއް ކުރިމަތިވުމަކީ ގާތް ކަމެކެވެ. 

އާންމު ގޮތެއްގައި 620-400 އާއި ދެމެދުގެ މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި މަސާނާގައި ބަހައްޓައިދެއެވެ. އެކަމަކު ކުޑަކަމުދާ ތަކެތި ބޭރުވާ މަގު ބަންދުވެފައިވާނަމަ އޭގެ ދެގުނަ މަސާނާގައި މަސާނާ ފެޅުމެއްނެތި ހިފަހައްޓައިދެއެވެ. ކުޑަކަމުދާ ޢާންމުކޮށް ޖެހެނީ މިދެންނެވި މިންވަރުގެ 75 އިންސައްތަ މަސާނާ އަށް ޖަމާވުމުންނެވެ.




#Article 350: ހުންކޮށި (524 words)


މިއީ ވެސް އިންސާނާގެ ހަށިގަނޑުގައި ހިމެނެ ގުނަވަނެކެވެ. ހުންކޮށި ނުވަތަ () އަކީ އެތެރެހަށީގެ ގުނަވަނެކެވެ. ހުންކޮށީގެ ވަޒީފާ އަކީ ދުވަސް ރަތް ސެލްތައް ނައްތާލުމާއި، ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ހުންކޮށްޓަކީ ދިފާޢީ ނިޒާމްގެ ބައެއް ކަމުގައިވާ ރެޓިކިއުލޯ އިންޑޯތީލިއަލް ނިޒާމް ގައި ހިމެނޭ ވަރަށް މުހިއްމު ގުނަވަނެކެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅިގެން ދިއުމަށް ވަރަށް ބޮޑަށް މަގުފަހި ކުރުވާ ކަމެކެވެ. 

ހުންކޮށި ހުންނަނީ ހަށިގަނޑުގެ ވާތް ފަރާތުން ކުރިމަތިން އެއްއަރިމައްޗެއްގައެވެ. ހުންކޮށި ހުންނަނީ މައިދާގެ ފަންޑަސް އާއި، ޑައަފްރަމް އާއި ދެމެދުގައެވެ. ހުންކޮށީގެ އެންމެ ދިގު ނާރެސް ހުންނަނީ ވާތް ފަރާތުގެ 10 ވަނަ ކަށިގަނޑާއި (މޭމަތީގެ ކަށިތައް) އެއް ހަމައެއްގައެވެ. 

ހުންކޮށި އިންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުންކޮށީގެ މެދުތެރެ (ހަށިގަނޑުގެ އެތެރެ) އާ ވީ ފަރާތުގެ ނިމުން ނުވަތަ ކޮޅު ހުންނަނީ ހިމަކޮށެވެ. އަރިމަތީ (ހަށިގަނޑުގެ އަރިމައްޗަށް)ވީ ފަރާތުގެ ނިމުން ހުންނަނީ ފުޅާކޮށެވެ. ހުންކޮށީގެ މަތީ ބޯޑަރުގައި އަރިމަތީ ފަރާތުން ނިމޭ ހިސާބުގައި ގޮށެއް ލެވިފައި އިދެއެވެ. އަދި މިގޮށުގެ ސަބަބުން ހުންކޮށިން ނިކުތުމެއް ނުވަތަ ޕްރޯޖެކްޝަން އެއް އުފެދިފައި އިދެއެވެ. މިއުފުލުމަށް ނުވަތަ ނުވަތަ ނިކުމެފައިވާ ނިކުތުމަށް ކިޔަނީ ހުންކޮށީގެ އޭންގަލް އެވެ. ހުންކޮށީގެ ތިރީ ބޯޑަރު ހުންނަނީ ވަށްކޮށް އަދި އޮމާންކޮށެވެ. 

ހުންކޮށީގައި ދެކޮޅު، ދެބޯޑަރު އަދި ދެފަރާތް ވެއެވެ. އެއީ މެދުތެރެއާވީ ކޮޅު އަރިމައްޗާވީކޮޅު، ތިރީ ބޯޑަރު، މަތީ ބޯޑަރު، ޑައަފްރަމް އާއި ދިމާވާ ފަރާތް، އަދި އެތެރެހައްޓާ ކުރިމަތިވާ ފަރާތެވެ. 

ހުންކޮށީގެ ސައިޒަށް ބަލާއިރު އޭގެ ބޯމިނުގައި 1 އިންޗި، ފުޅާ މިނުގައި 3 އިންޗި، އަދި ދިގުމިނުގައި 5 އިންޗި ހުރެއެވެ. ހުންކޮށީގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 150 ގްރާމް ހުރެއެވެ. 

ހުންކޮށީގެ ދެފަރާތް ވެއެވެ. އެއީ ޑައަފްރަމް އާއި ޖެހިފައިވާ ފަރާތާއި އަދި އެތެރެހަށީގެ ގުނަވަންތަކުގައި ޖެހޭގޮތަށް އިންނަ ފަރާތެވެ. ޑައަފްރަމްއާއި ޖެހިފައިވާ ފަރާތް ހުންނަނީ އޮމާންކޮށެވެ. މި ފަރާތް ޖެހޭނީ ޑައަފްރަމް ގައެވެ. އެހެން ކަމުން ޑައަފްރަމް އަކީ ހުންކޮށި ވާތް ފަރާތު ފުއްޕާމޭ، 9،10، 11 ވަނަ ކަށިގަނޑު އަދި އެކަށިތަކުގެ ދޭތެރޭގައިވާ މަސްތަކާއި ވަކިކޮށްދޭ ހުރަހެކެވެ. 

އެތެރެހައްޓާއި ކުރިމަތިވާ ގޮތަށް އިންނަ ފަރާތް ހުންނަނީ ސީދާ އެތެރެހަށީގެ ގުނަވަންތަކުގައި ޖެހޭގޮތަށް އުފެދިފައެވެ. އެހެންކަމުން ހުންކޮށި ޖެހޭ ކޮންމެ ގުނަވަނަކަށް ހުންކޮށީގައި ޚާއްޞަ އަޑިކޮޅެއް ނުވަތަ އިމްޕްރެޝަން އެއް އުފެދިފައި ހުރެއެވެ. މިގޮތުން ހުންކޮށީގައި ޖެހިފައި ހުންނަ އެތެރެ ހަށީގެ ގުނަވަންތަކަކީ މައިދާ، ވާތު ގުރުދާ، ޗިސްމޭގެ ނިގޫ، އަދި ހުރަސް ފަލަ ގޮހޮރު އަދި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭ ހިސާބުގެ ކަނެވެ. މިއިން ކޮންމެ ތަނެއް ހުންކޮށީގައި ޖެހިފައިވާ ތަނަށް ކުރިން ބުނި އިމްޕްރެޝަން އުފެދިފައި ހުރެއެވެ. 

ހުންކޮށި ހިފެހެއްޓިފައި ހުންނަނީ އެތެރެހަށީގެ އެހެން ގުނަވަންތަކާއި ފާލަން އަޅައިދޭ އެއްސުން ތަކެއްގެ ސަބަބުންނެވެ. މިގޮތުން ހުންކޮށި އާއި ގުރުދާ ގުޅުވައިދޭ އެއްސުމަށް ކިޔަނީ ލިއެނޯ ރީނަލް ލިގަމެންޓް އެވެ. އަދި ހުންކޮށި އާއި މައިދާ ގުޅުވައިދޭ އެއްސުމަށް ކިޔަނީ ގެސްޓްރޯ ސްޕްލެނިކް ލިގަމެންޓް އެވެ. 

 
ހުންކޮށްޓަށް ލޭފޯރުވައިދެނީ ހުންކޮށި އާޓަރީ އަދި ހުންކޮށި ވެއިން އިންނެވެ. ހުންކޮށި އާޓަރީ އަކީ އެއޯޓާ އިން އުފެދިފައިވާ ސިލިއެކް ޓްރަންކް އިންނެވެ. 

ހަށިގަނޑު ތަފާތު ބަލިތަކުން ދިފާޢު ކުރުމުގައި ހުންކޮށި މުހިއްމު ދައުރެއް އަދާކުރެއެވެ. މިގޮތުން ބަލިތަކާއި ދެކޮޅަށް ހަނގުރާމަ ކުރާނެ ވަރަށް ގިނަ ބާވަތްތަކުގެ ސެލްތައް ހުންކޮށީގެ ތެރޭގައި އުފެދެއެވެ. މިގޮތުން ހުންކޮށިން އުފައްދާ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވާ ސެލްތަކުގެ ތެރޭގައި މެކްރޯފޭޖް، ޕްލާޒްމާ ސެލް، ލިމްފަސައިޓް، ފަދަ ސެލްތައް ހިމެނެއެވެ. އެހެންކަމުން ހުންކޮށި ނަގާފައިވާނަމަ ބެކްޓީރިއާ ފަދަ ޖަރާސީމް ތަކުން ޖެހޭ ބަލިތަކަށް ފަސޭހައިން ހުށަހެޅި ހަށިގަނޑަށް ނުރައްކާ ކުރުވައެވެ. 

ހުންކޮށީގެ ތެރޭގައި ލޭގެ ބައެއް ވައްތަރުގެ ސެލްތައް އުފައްދައެވެ. މިގޮތުން ކުޑަކުދިންގެ ހަށިގަނޑުގައި ހުންކޮށީގެ ތެރޭގައި ލޭގެ ރަތް ސެލް އުފައްދާއިރު، ބޮޑެތި މީހުންގެ ހަށިގަނޑުގައި ލޭގެ ހުދު ސެލް ގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް އުފައްދައެވެ. މީގެ އިތުރުން ބޮޑެތި މީހުންގެ ހަށިގަނޑުގައި ކަށީގެ މަދު ފިޔަވައި ލޭގެ ސެލްތައް އުފައްދާ މައިގަނޑު ތަނަކީ ވެސް ހުންކޮށި އެވެ. 

ލޭގެ ތެރޭގައި ހުންނަ ދުވަސްވީ ލޭގެ ސެލްތައް ހުންކޮށީގައި ހުންނަ ބައެއް ވައްތަރުގެ ސެލްތަކުން ހަލާކުކޮށް ނައްތައިލައެވެ. ހުންކޮށީގެ މަސައްކަތް ހަލުވިވެ، ހުންކޮށިން މާގިނައިން ޕްލޭޓްލިޓް ތައް ހަލާކު ކުރަން ފަށައިފިނަމަ ލޭހިލުމުގެ ބައްޔެއް ކަމަށްވާ ތްރަމްބަސައިޓިކް ޕާޕިއުރާ ފެންމަތި ކުރުވައެވެ. 

ހުންކޮއްޓާމެދު ބެލެވެނީ ލޭގެ އުފުލައިދޭ ރިޒާވަރެއްގެ ގޮތުގައެވެ. ސަބަބަކީ ހުންކޮށީގައިވާ ކުދިކުދި ހޮޅިތަކުގެ ތެރޭގައި ލޭ ގިނައަދަދަކަށް ޖަމާކޮށް ރައްކާކޮށްދޭތީ އެވެ. ލޭހިލުން ކުރިމަތިވުން ފަދަ ޙާލަތްތަކުގައި ހުންކޮއްޓަށް ބާރުފޯރުވާ ނާރު ހީވާގިވުމުން ހުންކޮށީގެ މަޑުމަސްތައް ކޮންޓްރެކްޓްވެ، މިދެންނެވި ކުދިކުދި ހޮޅިތަކުގައި ހުރި ލޭތައް ލޭގެ އާރުގެ ތެރެއަށް ފޮނުވާލައެވެ. ނަމަވެސް މިއީ އިންސާނުންނަށް މާބޭނުންތެރި ކަމަކަށް ނުވެއެވެ. އެއީ އިންސާނެއްގެ ހުންކޮށީގެ ގިނަވެގެން އެއްފަހަރާ ރައްކާކުރެވޭނީ އެންމެ 200 މިލިލީޓަރުގެ ލޭކަމަށްވާތީ އެވެ. އަދި ހުންކޮށީގެ ކެޕްސޫލް ކޮންޓްރެކްޓްވަނީ ވަރަށް ކުޑަކޮށް ވަރަށް މަޑުން ކަމަށްވާތީ އެވެ.

 

 

 




#Article 351: ހިތް (399 words)


ހިތް ނުވަތަ () މިއި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހިތަށް ޚާއްޞަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ކާޑިއެކް (Cardiac)މިބަހުން ދޭހަވަނީ ހިތާއި ގުޅުންހުރި މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުންނެވެ. އެއީ ހިތު މަސް(Cardiac muscle) އެވެ.

ބަނޑުގައި އަށަގަންނަ ކުޑަ ދަރިފުޅުގެ ހިތުގެ ވިންދު ޖަހަން ބަލިވެ އިންނަތާ 5 ވަނަ ހަފްތާގެ ތެރޭގައި ފަށައެވެ. ފެށިގެން އަންނައިރު ކުޑަ ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުންނަނީ ގާތްގަނޑަކަށް މައިމީހާގެ ހިތުގެ ވިންދު ޖެހުމާއި އެއްވަރެއްގައެވެ. އެއީ ގާތްގަނޑަކަށް މިނިޓަކު 80-75 ވިންދެވެ. އެއަށްފަހު ވިންދު ޖަހަން ފަށާ ފުރަތަމަ މަހުގެ ތެރޭގައި ކުޑަދަރިފުޅުގެ ހިތުގެ ވިންދު ޖެހުން މިނިޓަކު 185-165 އަށް މަތިވެގެން ދެއެވެ. މިވަރަށް ވިންދު ޖެހުން ހުންނަނީ ބަލިވެއިންނަތާ 7 ވަނަ ހަފްތާ ހިސާބުގައެވެ.

ކަނާތު އެޓްރީއަމް ނުވަތަ () އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން މަތީގައި އިންނަ ބައެވެ. ކަނާތު އެޓްރީއަމް އަށް އިންފިރިއާ ވީނާ ކޭވާ(Inferior vena cava) އަދި ސްޕީރިއާ ވީނާ ކޭވާ(Superior vena cava)  އިން އޮކްސިޖަން އެކުނުލެވޭ ހަށިގަނޑުގެ އެކި ހިސާބުތަކުން ގެނެސްދެއެވެ. އެއަށްފަހު މިލޭ ޓްރައި ކަސްޕިޑް ވޭލް(Tricuspid valve) ހުރަސްކޮށް ކަނާތު ވެންޓްރިކަލް އަށް ފޮނުވާލައެވެ. 

ކަނާތު ވެންޓްރިކަލް ނުވަތަ () އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން ތިރީގައި އިންނަ ބައެވެ. އޮކްސިޖަން އެކުނުލެވޭ ލޭ ޓްރައިކަސްޕިޑް ވޭލް(Tricuspid valve) ހުރަސްކޮށް ކަނާތު އެޓްރީއަމް އިން ކަނާތު ވެންޓްރިކަލް އަށް އާދެއެވެ. މިގޮތުން ކަނާތު ވެންޓްރިކަލް އަށް ވާޞިލްވި ލޭ ދެން ފޮނުވާލަނީ ޕުލްމަނަރީ ވޭލް(Pulmonary valve) ހުރަސްކޮށް ފުއްޕާމެޔަށް ލޭފޮނުވާ ލޭނާރު(Pulmonary artery) ގެ ޒަރީޢާއިން ފުއްޕާމޭ އަށެވެ. 

ވާތު އެޓްރީއަމް ނުވަތަ () އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް  ފަރާތުން މަތީގައި އިންނަ ބައެވެ. ކުރިން ކަނާތު ވެންޓްރިކަލް އިން ފުއްޕާމޭއަށް ފޮނުވާލި އޮކްސިޖަން އެކުނުލެވޭ ލޭ ފުއްޕާމޭގެ ތެރޭގައި އޮކްސިޖަންއާ އެއްވެއެވެ. އެއަށްފަހު އޮކްސިޖަން އިން މުއްސަދިކުރެވުނު ލޭ ފުއްޕާމޭ އިން ހިތަށް ލޭފޮނުވާ ލޭނާރު(Pulmonary vein) ގެ ތެރެއިން ގޮސް ވާތު އެޓްރީއަމް އަށް ވާޞިލްވެއެވެ. އެއަށްފަހު މިލޭ މައިޓްރަލް ވޭލް(Mitral valve) ހުރަސްކޮށް ވާތު ވެންޓްރިކަލް އަށް ފޮނުވާލައެވެ. 

ވާތު ވެންޓްރިކަލް ނުވަތަ () އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް ފަރާތުން ތިރީގައި އިންނަ ބައެވެ. ވާތު އެޓްރީއަމް އަށް ފުއްޕާމޭ އިން ފޮނުވާލި އޮކްސިޖަން އިން މުއްސަދި ލޭ މައިޓްރަލް ވޭލް(Mitral valve) ހުރަސްކޮށް ވާތު ވެންޓްރިކަލް އަށް ވާޞިލްވެއެވެ. އެއަށްފަހު އެއޯޓިކް ވޭލް(Aortic valve) ހުރަސްކޮށް، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި އެއޯޓާ އަށް ވާޞިލްވެ، ހަށިގަނޑުގެ ބައިތަކަށް ތަފާތު ލޭހޮޅި ތަކާއި، ލޭނާރުތަކުގެ އެހީގައި ފެތުރިގެން ދެއެވެ.

އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް ނުވަތަ () އަކީ ހަށިގަނޑު ގައި ފެން، ލޮނު، އަދި ސަރުބީ ހަމަހަމަކަންމަތީ ބެހެއްޓުމުގައި ބައިވެރިވާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިވެގެންދާ ހިނދު ހިތުގެ އެޓްރީއަމް ތަކުގައި ހުންނަ މަޔޯސައިޓް(Myocyte)  އޭ ކިޔާ ސެލްތަކަކުން މިހޯރމޯން ދޫކުރަން ފަށައެވެ. މަޔޯސައިޓް ތަކަކީ ހިތުގެ އެޓްރީއަމް ގައި ހުންނަ މަހު ސެލް ތަކެކެވެ. އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް ލޮނާއި، ފެނާއި ސަރުބީގެ މިންވަރު ހަށިގަނޑުގައި މަދުކޮށްގެން ލޭގެ ޕްރެޝަރު ދަށްކުރުވައެވެ. 

ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް ނުވަތަ () އަކީ 32 އަމިނޯ އެސިޑް އެެކުލެވޭ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ހިތުގެ ވެންޓްރިކަލް ގައި ހުންނަ މަޔޯސައިޓް ތަކަށް ދެމިވާންވުމުން ވެންޓްރިކަލްތަކުގައި ހުންނަ މަޔޯސައިޓްތަކުން މިހޯރމޯން ދޫކުރަން ފަށައެވެ.




#Article 352: ފިތް (233 words)


ފިތް ()އަކީ އިންސާނާގެ ފުރަމޭގެ ތެރެއަށް ނާސްޕަތީ އެއްގެ ބައްޓަމަށް() ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 12-7 ސެންޓި މީޓަރެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ ފުރަމޭ އަދި ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ގުޅިފައެވެ. 

ފިތަކީ ފުރަމޭ ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް ()އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ ފުރަމޭގައި ޖެހިފައެވެ. 

ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު އަދި ޑުއަޑީނަމް ގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ. 

 
ފިތުން އަދާކޮށްދޭ ވަޒީފާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. 

އިންސާނުން އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި ދޭތެރޭގައި ސްފިންކްޓަރ އޮފް އޯޑި() ހުންނަނީ އާދައިގެ ވަރެއްގައި ކޮންޓްރެކްޓް ވެވިވެވި އެވެ. އެހެން ކަމުން ބައިލް ފަހަތަށްގޮސް މައްޗަށްގޮސް ސިސްޓިކް ޑަކްޓް() ހުރަސްކޮށް ފިތް އަށް ވާޞިލްވެ، އޭގެތެރޭގައި ގުދަން ކުރެވެއެވެ. 

ފިތުގެ ކެޕޭސިއަކީ ގާތްގަނޑަކަށް 60-20 މިލިލީޓަރުގެ މިންވަރެކެވެ. އެހެންކަމުން ފުރަމޭ އިން ފިތުގެ ތެރެއަށް އަންނަ ބައިލްގެ ބޮޑު މިންވަރެއް ފިތުގެ ތެރޭގައި ބެހެއްޓުމަށްޓަކައި ބައިލް ކޮންސެންޓްރޭޓް ކުރަންޖެހެއެވެ. 

ބައިލް އެސިޑިފިކޭޓްވަނީ ބައިލް ކޮންސެންޓްރޭޓް ކުރުމުގެ ތެރޭގައި ބައިކާބޮނޭޓް() އަލުން ހަށިގަނޑަށް ދެމުމުންނެވެ. މިގޮތަށް ބައިކާބޮނޭޓް ހަށިގަނޑަށް ދެމުމުން، ފިތުގައި ހުރި ބައިލްގެ ޕީއެޗް 7.4-7 އާއި ދެމެދުގެ މިންވަރަކަށް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ޖަމާވެ، ފިތު ހިލަ() ހެދުން މަނާކޮށްދެއެވެ.

ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު ދަށްކުރަނީ ފުރަމޭ އިން އުފައްދައި ބޭރުކުރާ ބައިލް() ގެ ބޮޑުމިންވަރެއް ފިތުގައި ރައްކާކޮށްގެންނެވެ. ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު މަތިވެއްޖެ ނަމަ ބައިލް ދޫކުރުން ހުއްޓި، ފުރަމޭގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ. 

ހުދު ބައިލް() ބޭރުކުރަނީ ފިތުގެ އެތެރޭގެ ދުލިފަށް ގައި ހުންނަ މިޔުކަސް ގްލޭންޑް ތަކުންނެވެ. 

 




#Article 353: ޗިސްމޭ (1625 words)


 

ޗިސްމޭ ނުވަތަ ()  އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެންޑަކްރިން ގްލޭންޑް ނުވަތަ () އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް ނުވަތަ () އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމް ތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ. 

ޗިސްމޭ ގެ އެންޑަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ އައިލެޓް އޮފް ލެންޖަހެންސް ނުވަތަ () ކިޔާ ސެލްތަކުންނެވެ. މިސެލްތަކުން އިންސޫލިން އަދި ގްލޫކަގޮން އުފައްދައެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ ކަމްޕައުންޑް އަސިނަރ ގްލޭންޑް ނުވަތަ ()ތަކުންނެވެ. މިގްލޭންޑް ތަކުން ޗިސްމޭ ޖޫސް އުފައްދައެވެ. ޗިސްމޭ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު ނުވަތަ ()އަދި މައި ސްޕްލަންކްނިކް ނާރު ނުވަތަ ()ތަކުންނެވެ. 

އިންސާނާގެ ޗިސްމޭގެ ދިގުމިނަކީ 10-6 އިންޗި އެވެ. ޗިސްމޭ އޮންނަނީ މައިދާ ގެ ތިރިން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްގެ ފެށޭތަނުގައި ސީ އަކުރުގެ ބައްޓަމަށް އިންނަ ބަޔަށް ޗިސްމޭ ގެ ބޯކޮޅު ވަދެފައި އިންނަ ކަހަލަ ގޮތަކަށެވެ. ޗިސްމޭ ގައި މައިގަނޑު 3 ބައެއް ވެއެވެ. އެއީ 

ޗިސްމޭގެ ތެރޭގައިވާ ޕެންކްރިއެޓިކް ޑަކްޓް ހުޅުވިފައިވަނީ ޑުއަޑީނަމްގެ ތެރެއަށެވެ. ކޮމަން ބައިލް ޑަކްޓް ޕެންކްރިއެޓިކް ޑަކްޓް އާއި ގުޅިފައިވަނީ ޕެންކްރިއެޓިކް ޑަކްޓް ޑުއަޑީނަމް އާއި ގުޅުމުގެ ކުރިންނެވެ. ނުވަތަ މިދެޑަކްޓް ގުޅިގެން އުފެދިފައިވާ ޑަކްޓަކުންނެވެ. އެތަނަށް ކިޔަނީ އެމްޕިއުލާ އޮފް ވަޓަރ އެވެ.

ޗިސްމޭ އަކީ ދިގުކޮށް އޮންނަ ގްލޭންޑް އެކެވެ. ޗިސްމޭ އޮންނަނީ މައިދާ ގެ ފުރަގަހުން ހަށިގަނޑުގެ ތެރޭގައި ހުރަހަށް ޑުއަޑީނަމް އިން ފެށިގެން ހުންކޮށި އާއި ދެމެދުގައެވެ. ޗިސްމޭ އެކުލެވިގެންވަނީ ޗިސްމޭގެ ބޯ، ޗިސްމޭގެ ކަރު، ޗިސްމޭގެ ޖިސްމު، އަދި ޗިސްމޭގެ ނިގޫ މި 4 ބައިގެ މައްޗަށެވެ. 

ޗިސްމޭގެ ބޯ ނުވަތަ () އޮންނަނީ ކުޑަގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް ސީ އަކުރެއްގެ ބައްޓަމަށް އޮންނައިރު ތަބީޢީ ގޮތުން އުފެދިފައި އިންނަ ޖާގައިގެ ތެރޭގައެވެ. ނުވަތަ އެޖާގައިގެ ތެރެއަށް ރީތިކޮށް ޗިސްމޭގެ ބޯ އިންނަނީ ފެތިފައެވެ. ޗިސްމޭގެ ބޯ ގެ ކުރިމަތީ ފަރާތް އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު ގައި ޖެހިފައެވެ. ޗިސްމޭގެ ބޮލުގެ ތިރީބައި އިންނަނީ ޕެރިޓޯނިއަމް ނުވަތަ ()   އިން ނިވާކުރެވިފައެވެ. އަދި މިތަން ޖެހިފައި އިންނަނީ ޖެޖޫނަމް ގެ ކޮއިލް ތަކުގައެވެ. ޗިސްމޭގެ ބޮލުގެ ފަހަތް ޖެހިފައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ނުވަތަ () އަދި ރީނަލް ވެއިން ނުވަތަ () ނިމޭ ހިސާބުގައެވެ. ޗިސްމޭ ބޮލުގެ ފަހަތުން މަތީ އަރިމަތީ ފަރާތުގައި ބައިލް ޑަކްޓް ނުވަތަ ()   އަށް ޚާއްޞަ ވަޅުކޮޅެއް ނުވަތަ އަޑިކޮޅެއް ހެދިފައި އިދެއެވެ. 

ޗިސްމޭގެ ކަރު ނުވަތަ () އަކީ ޗިސްމޭގެ ބޯ،ޗިސްމޭގެ ޖިސްމު އާއި ގުޅުވައިދޭ ހިމަ ބައެކެވެ. ކުރިމަތިން ޗިސްމޭގެ ކަރު އިންނަނީ ޕެރިޓޯނިއަމް ނުވަތަ () އިން ނިވާކުރެވިފައެވެ. އަދި މިބައި ޖެހިފައި އިންނަނީ މައިދާ އާއި ޑުއަޑީނަމް އާއި ދެމެދުގައިވާ ޕައިލޯރަސް ނުވަތަ () އޭ ކިޔޭ ބައިގައެވެ. ޗިސްމޭގެ ކަރު ފަހަތުން ޖެހިފައި އިންނަނީ ސްޕީރިއާ މެސެންޓިރިކް ވެއިން ނުވަތަ () އަދި ސްޕްލެނިކް ވެއިން ނުވަތަ () ގުޅިގެން ޕޯޓަލް ވެއިން ނުވަތަ () އުފެދިފައިވާ ހިސާބުގައެވެ. 

ޗިސްމޭގެ ޖިސްމު ނުވަތަ () އަކީ ކްރޮސް ސެކްޝަން ހެދުމުން ތިނެސްކަން ބައްޓަމަން ފެންނަ އެއްޗެކެވެ. މާނަައަކީ ޗިސްމޭގެ ޖިސްމުގައި 3 ބޯޑަރު އަދި 3 ސަތަޙަ އެކުލެވިގެން ވެއެވެ. 

ޗިސްމޭގެ ޖިސްމު ގެ ކުރިމަތި ފަރާތް ހުންނަނީ ޕެރިޓޯނިއަމް ނުވަތަ () އިން ނިވާކުރެވިފައެވެ. އަދި މިއީ މައިދާގެ ތަންމަތި ނުވަތަ () ގެ ބައެކެވެ. މާނައަކީ މައިދާ ހަށިގަނޑުގެ ތެރޭގައި އޮންނައިރު އޭގެ ދަށްފުށް ޖެހިފައި އޮންނަ އެނދެއް ނުވަތަ ތަންމައްޗެއް ފަދަ ތަނެކެވެ. 

ޗިސްމޭގެ ޖިސްމު ގެ ތިރީ ފަރާތް ވެސް ވަނީ ޕެރިޓޯނިއަމް ނުވަތަ ()އިން ނިވާކުރެވިފައެވެ. އަދި މިބައި ޖެހިފައި ހުންނަނީ އަންނަނިވި ބައިތަކުގައި ކަނާތުން ފެށިގެން ވާތަށް ވާގޮތަށެވެ. އެންމެ ފުރަތަމަ ޖެހިފައި އިންނަނީ ޑުއަޑީނަމް އާއި ޖެޖޫނަމް ގުޅޭކަން ނުވަތަ () ގައެވެ. ދެން ޖެހިފައި އިންނަނީ ޖެޖޫނަމް ގެ ކޮއިލް ތަކުގައެވެ. އެންމެ ފަހުން ޖެހިފައި އިންނަނީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން ނުވަތަ () ގައެވެ. 

ޗިސްމޭގެ ޖިސްމު ގެ ފުރަގަހު ފަރާތް ނުވަތަ ފަހަތް ވެސް ވަނީ ޕެރިޓޯނިއަމް ނުވަތަ () އިން ނިވާކުރެވިފައެވެ. އަދި ފަހަތް ޖެހިފައި އޮންނަނީ ކަނާތުން ވާތަށް ވާގޮތަށް އަންނަނިވި ބައިތަކުގައެވެ. މާނައަކީ ޗިސްމޭ އޮންނާނީ މިދަންނަވާ ބައިތަކުގެ މަތީގައި ޖައްސާލައިގެން އޮންނަ ކަހަލަ ގޮތަކަށެވެ. އެންމެ ފުރަތަމަ ޖެހިފައި އިންނާނީ އެބްޑަމިނަލް އެއޯޓާ ގައެވެ. އެއަށްފަހު ޖެހިފައި އިންނާނީ ސްޕީރިއާ މެސެންޓިރިކް އާޓަރީ ނުވަތަ () ފެށޭ ތާގައެވެ. ދެން ޖެހިފައި އިންނާނީ ވާތު ސޯސް މޭޖަރ މަސްގަނޑުނުވަތަ () ގައެވެ. އަދި އެއަށްފަހު ޖެހިފައި އިންނަނީ ވާތު ސްޕްރަރީނަލް ގްލޭންޑް އަދި ވާތު ގުރުދާ ގައެވެ. މިދެންނެވި ބައިތަކާއި ޗިސްމޭގެ ޖިސްމުގެ ފަހަތާއި ދެމެދުގައި ހުރަހެއްގެ ގޮތުގައި މަތިން ސްޕްލެނިކް ވެއިން ނުވަތަ () އަދި ތިރިން ރީނަލް ވެއިން ނުވަތަ ()ހުރަސްކޮށްފައި ވެއެވެ. 

ޗިސްމޭގެ ނިގޫ ނުވަތަ ()  އަކީ ޗިސްމޭ ގެ ނިމޭ ހިސާބުގައިވާ ހިމަ ބައެވެ. ޗިސްމޭގެ ނިގުލުގެ ކޮޅު ގޮސް ޖެހިފައި އިންނަނީ ހުންކޮށި ގައެވެ. އަދި އޭގެ ކުރިން ނިގޫ ގޮސްފައި އިންނަނީ ލިއެނޯ-ރީނަލް ލިގަމެންޓް ނުވަތަ () ގެ ދެފަށަލަ ދޭތެރެއިންނެވެ. 

ޕެންކްރިއެޓިކް ޑަކްޓް ނުވަތަ () އަކީ ޗިސްމޭގެ އެތެރެއިން ވާތުން ކަނާތަށް ވާގޮތަށް ހުރަސްކޮށް ލެވިފައިވާ ކުޑަ ހޮޅިއެކެވެ. މިހޮޅި ޗިސްމޭގެ ބޯ ގެ ތެރޭގައި ތިރިއަށް، ފަހަތަށް އަދި ކަނާތަށް ގޮސް ޑުއަޑީނަމް ގެ ދެވަނަ ބައިގެ ފާރުގެ ތެރޭގައި ބައިލް ޑަކްޓް އާއި ގުޅެއެވެ. އަދި އެހިސާބުގައި މިހޮޅި ތަންކޮޅެއް ބޮޑަށް ފުޅާވެގެން ގޮސް އެމްޕުލާ އޮފް ބައިލް ޑަކްޓް ނުވަތަ ()  އޭ ކިޔާ ބައެއް އުފެދެއެވެ. 

ކުޑަ ޕެންކްރިއެޓިކް ޑަކްޓްނުވަތަ () އަކީ ޗިސްމޭގެ ބޯ ގެ ތިރީބައިގެ ތެރޭގައި އުފެދިގެން މައްޗަށް ގޮސްފައި އިންނަ ކުޑަ ހޮޅިއެކެވެ. ޕެންކްރިއެޓިކް ޑަކްޓް އާއި މިހޮޅި ގުޅިފައި އިންނަނީ ވެސް ޗިސްމޭގެ ބޯ ގެ ތެރޭގައެވެ. އަދި ކުޑަ ޕެންކްރިއެޓިކް ޑަކްޓް އާއި ޕެންކްރިއެޓިކް ޑަކްޓް ގުޅިފައިވަނީ ކޮމިއުނިކޭޓިންގ ޑަކްޓްނުވަތަ () އޭ ކިޔާ ހޮޅިއަކުންނެވެ.

 
ޗިސްމޭއަށް ލޭފޯރުކޮށްދެނީ ތިރީގައި މިވާ 3 ލޭހޮޅިންނެވެ. 

ހިތާއި ދިމާލަށް ޗިސްމޭ އިން ލޭ ގެންދަނީ ޕެންކްރިއެޓިކޯޑުއަޑީނަލް ވެއިން ތަކުގެ އެހީގައެވެ. މިބުނި ވެއިންތައް ހުސްވަނީ ޕޯޓަލް ވެއިން އަށެވެ. ޕޯޓަލް ވެއިން އޭ ކިޔާ ލޭހޮޅި އުފެދިގެން އަންނަނީ ސްޕީރިއޯ މިސެންޓިރިކް ވެއިން އަދި ސްޕްލެނިކް ވެއިން ގުޅިގެންނެވެ. މަދުބައެއްގެ ގާތްގަނޑަކަށް 40 އިންސައްތަ މިޙުންގެ ޕޯޓަލް ވެއިން އުފެދުމަށް އިންފީރިއޯ މިސެންޓިރިކް ވެއިން ވެސް ގުޅިފައި އިދެއެވެ.

ޗިސްމޭގެ ހަރަކާތްތައް ކޮންޓްރޯލް ކުރަނީ ސިލިއެކް ނާރު ފުނިއިން އުފެދިފައިވާ ޕެންކްރިއެޓިކް ނާރު ފުނި ގެ އެހީގައެވެ.

ފުރިހަމަ ސްޓެއިން އެއް ކޮށްގެން މައިކްރޮސްކޯޕުން ބެލުމުން ދެވައްތަރެއްގެ ޓިޝޫ ޗިސްމޭ އިން ފެންނާނެއެވެ. އެއީ 

ޗިސްމޭގައި ހިމެނޭ އައިލެޓް އޮފް ލެންގަހެންސް ގައި ތަފާތު 4 ވައްތަރެއްގެ ސެލްތައް ހުރެއެވެ. ކޮންމެ ސެލް އަކަށް ޚާއްޞަ ސްޓެއިން އެއްގެ އެހީގައި ނޫނީ އެއް ސެލް އަނެއް ސެލް އާއި ވަކިކުރަން އުދަގޫ ވެއެވެ. މިގޮތުން ހިމެނޭ 4 ވައްތަރުގެ ސެލް ތިރީގައި މިވަނީ އެވެ. 

ޗިސްމޭ ގައި އެކްސަކްރިން ވަޒީފާ އަދާކުރާ ދެވައްތަރެއްގެ ސެލް ހުރެއެވެ. 

ޗިސްމޭ ޖޫސް އަކީ ކުޑަ ގޮހޮރު ގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބައިލް އަދި ކުޑަ ގޮހޮރު ޖޫސް އެކޭ އެއްފަދައިން ބޭނުންވާ ދިޔައެކެވެ. ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު އަދި ބޭނުންތެރި ދިޔައަކީ ވެސް ޗިސްމޭ ޖޫސް އެވެ. ދުވާލަކު 1500 މިލިލީޓަރުގެ ޗިސްމޭ ޖޫސް ޗިސްމޭ އިން އުފައްދައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތަކީ އަލްކަލީން އެވެ. އޭގެ ޕީއެޗް ހުންނަނީ ގާތްގަނޑަކަށް 8 ގައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތް އަލްކަލީން ގެ ގޮތުގައި ހުންނަނީ އޭގައި މަތީ އަދަދަކަށް ބައިކާބޮނޭޓް ހިމެނޭތީ އެވެ. 

ޗިސްމޭ ޖޫސް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ދިޔާ ޖޫހުގެ ބަޔާއި، އެންޒައިމްތަކުގެ ބައެވެ. 

ކުޑަ ގޮހޮރު ޖޫސް އަދި ބައިލް އާއި ގުޅިގެން ބައިކާބޮނޭޓް މައިދާ އިން ކުޑަ ގޮހޮރު އަށް އަންނަ އެސިޑިކް ކައިމް ނިއުޓްރަލައިޒް ކުރެއެވެ. ނުވަތަ އޭގެ ތަބީޢަތު އަލްކަލީން އަދި އެސިޑް އަށްވެސް ނުވާ ހަމަހަމަ ތަބީޢަތަކަށް ބަދަލުކުރުވައެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ކުޑަ ގޮހޮރު ގެ ޕީއެޗް ހަމަހަމަ ވުމުން ޗިސްމޭ ގެ އެންޒައިމް ތަކާއި ކުޑަ ގޮހޮރު އެންޒައިމް ތައް މުރާލިކަމާއެކު ހަރަކާތްތެރިވުމަށް އެކަށޭނަ ވެއްޓަކަށް ކުޑަ ގޮހޮރު ތެރެ ވެގެންދެއެވެ. ހަމަމިހެން އެކަމުގެ ސަބަބުން އެސިޑް ގިނަވުމުން ލިބޭގެއްލުމުން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް ގެ އެތެރޭގެ ދުލިފަށް ހިމާޔަތް ކޮށްދެއެވެ. 

ޕްރޮޓީން ބައިކުރާ އެންޒައިމްތައް () އާންމު ގޮތެއްގައި ދޫކުރަނީ ހީވާގިކަމެއްނެތް ޕްރޯއެންޒައިމް ތަކެއްގެ ގޮތުގައެވެ. އަދި މިއެންޒައިމްތައް މުރާލިވެ، ހަރަކާތްތެރިވަނީ ހަމައެކަނި ކުޑަ ގޮހޮރު ގެ ތެރޭގައެވެ. މިގޮތުން ޕްރޮޓީން ބައިކުރާ ނުވަތަ ވަކިކުރާ އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ. 

ޓްރީޕްސިނަޖަން ()ކުޑަ ގޮހޮރުގެ ތެރޭގައި ހީވާގިވެ، ޓްރީޕްސިން ()އަށް ބަދަލުވެއެވެ. ޓްރީޕްސިނަޖަން ހީވާގިވަނީ ޑުއަޑީނަމް ގެ އެތެރޭގެ ދުލިފަށް އިން ދޫކުރާ އެންޓިރަކައިނޭސް() ކިޔާ އެންޒައިމެއްގެ އެހީގައެވެ. ޓްރިޕްސިން އަކީ ޓްރީޕްސިނަޖަން އާއި، އެހެނިހެން އެންޒައިމްތައް ވެސް ހީވާގީކޮށް މުރާލިކުރުވާ އެންޒައިމް އެކެވެ. 

ކީމަޓްރީޕްސިނަޖަން () ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކީމަޓްރީޕްސިން() އަށް ބަދަލުވެއެވެ. 

ޕްރޯއިލަސްޓޭސް() ޓްރީޕްސިންގެ އެހީގައި ހީވާގިވެ، އިލަސްޓޭސް() އަށް ބަދަލުވެއެވެ. 

ޕްރޯކާބޮކްސީޕެޕްޓައިޑޭސް ()ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ކާބޮކްސީޕެޕްޓައިޑޭސް() އަށް ބަދަލުވެއެވެ. ކާބޮކްސީޕެޕްޓައިޑޭސް އަކީ ޕޮލިޕެޕްޓައިޑް މޮލިކިޔޫލް ތަކުން އަމީނޯ އެސިޑް ވަކިކުރުމަށް އެހީވެދޭ އެންޒައިމް އެކެވެ. 

ޕެންކްރީއެޓިކް ލައިޕޭސް() އަކީ ޓްރައިގްލައިސަރައިޑް މޮނަގްލައިސަރައިޑް އަދި ފެޓީ އެސިޑް އަށް ބަދަލުކުރުވާ މުރާލި ހީވާގި އެންޒައިމް އެކެވެ. ބައިލް ސޯލްޓް ހުރުމަކީ މިއެންޒައިމްގެ މަސައްކަތް ހަލުވިކުރުވާ ކަމެކެވެ. 

ޕްރޯފޮސްފަލައިޕޭސް އޭ-2 ()ޓްރީޕްސިން ގެ އެހީގައި ހީވާގިވެ، ފޮސްފަލައިޕޭސް އޭ-2 ()އަށް ބަދަލުވެއެވެ. ފޮސްފަލައިޕޭސް އޭ-2 ފޮސްފަލިލިޕިޑް ތައް ފެޓީ އެސިޑް އަދި ލައިސޯފޮސްފަލިޕިޑް ތަކަށް ބަދަލު ކުރުވުމަށް އެހީތެރިވެދެއެވެ. 

ކޮލެސްޓަރައިލް އެސްޓަރ ހައިޑްރަލޭސް() އަކީ ކުޑަ ގޮހޮރުގައި ކޮލެސްޓީރޯލް އިން އެސްޓަރ () ތައް ވަކިކޮށް ކޮލެސްޓިރޯލް() މިނިވަންކޮށްދޭ އެންޒައިމް އެކެވެ. 

ޕެންކްރީއެޓިކް އަލްފާ އަމިލޭސް ()އަކީ ހީވާގި، އަދި ހަރަކާތްތެރި އެންޒައިމް އެކެވެ. މިއެންޒައިމްގެ މަސައްކަތަށް ކްލޮރައިޑްގެ އެހީ ބޭނުންވެއެވެ. އެގޮތުން ކްލޮރައިޑްގެ އެހީގައި ސްޓާރޗް މޮލްޓޯސް()، މޮލްޓޯޓްރިއޯސް() އަދި އަލްފާ-ލިމިޓް ޑެކްސްޓްރިން އަށް ބަދަލުކުރުވައެވެ. 

ޕެންކްރީއެޓިކް ނޫކްލީއޭސް() ތަކުގެ ތެރޭގައި ހިމެނެނީ ރައިބަނޫކްލީއޭސް، ޑިއޮކްސީ ރައިބަނޫކްލީއޭސް އެންޒައިމް އެވެ. މިއެންޒައިމް ތަކަކީ ނޫކްލީއަޓައިޑް ތައް އުފެއްދުމަށް މުހިއްމު އެންޒައިމް ތަކެކެވެ.

އިންސޫލިން ނުވަތަ () އަކީ  ޗިސްމޭ ގައި ހުންނަ ބީޓާ އައިލެޓް ސެލް(β islet cell) ތަކުން އުފައްދައި ދޫކުރާ، ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ކޮންޓްރޯލްކުރާ އެނަބޮލިކް ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މީގެ އިތުރުން ފެޓް މެޓަބޮލިޒަމް ކޮންޓްރޯލް ކުރުމުގައިވެސް އިންސޫލިން ބައިވެރި ވެއެވެ. ފުރަމޭގައި ގުލްކޯޒް ރައްކާކޮށް ބޭރުކުރުމުގެ މަސައްކަތަށް ބަދަލު ގެނުވުމުގައި ވެސް މިހޯރމޯން ބައިވެރި ވެއެވެ. އޮނިގަނޑުގައި 51 އަމިނޯ އެސިޑް އެކުލެވޭ އިންސޫލިންގެ މޮލިކިއުލަރ ބަރުދަން ގައި 5808 ޑެލްޓޯން ހުރެއެވެ. 

ހަކުރު ބަލީގެ ބައެއް ވައްތަރުތަކަށް ފަރުވާކުރުމަށް އިންސޫލިން ބޭނުންކުރެއެވެ. މިފަދަ މީހުންނަށް އިންސޫލިން އެމީހުންގެ ހަށިގަނޑުގައި ނުހުންނާތީ އަބަދުވެސް ފަރުބާގެ ގޮތުގައި އިންޖެކްޝަންގެ ސިފައިގައި އިންސޫލިން ނަގަން ޖެހެއެވެ. 

ގްލޫކަގޮން ނުވަތަ () އަކީ  ޗިސްމޭ ގެ އަލްފާ އައިލެޓް ސެލް(α islet cell) ތަކުން އުފައްދައި ދޫކޮށް ކާބޯހައިޑްރޭޓް މެޓަބޮލިޒަމް ގައި ޝާމިލްވާ ވަރަށް މުހިއްމު ހޯރމޯން އެކެވެ. ޗިސްމޭ އިން ގްލޫކަގޮން ދޫކުރަން ފަށަނީ ލޭގައި ގުލްކޯޒްގެ މިންވަރު ދަށްވުމުންނެވެ. އަދި ގްލޫކަގޮން ދޫކުރަން ފެށުމުން ފުރަމޭ ގައި ހުންނަ ގްލައިކަޖަން(Glycogen)  ގުލްކޯޒް އަށް ބަދަލުވުން މެދުވެރި ކުރުވައެވެ. އަދި މިގޮތުން ބަދަލުކުރެވުނު ގުލްކޯޒް ލޭގެ ތެރެއަށް ފޮނުވާލައެވެ. 

ސޯމަޓަސްޓެޓިން  ނުވަތަ () އަކީ ސިކުނޑިގެ ތެރޭގައިވާ ހައިޕޯތަލަމަސް ގައި އިންނަ ޕެރިވެންޓްރިކިއުލާ ނިއުކްލިއަސް(Periventricular nucleus) ، މައިދާ، ޗިސްމޭ، ފަދަ ގުނަވަންތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ.މައިދާގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ ސެލް(D Cell)  ތަކުންނެވެ. ޗިސްމޭ ގައި މިހޯރމޯން ދޫކުރަނީ ޑެލްޓާ އައިލެޓް ސެލް(δ islet cell) ތަކުންނެވެ. 

މިހޯރމޯންގެ ހަރަކާތްތެރި ދެވައްތަރެއް ވެއެވެ. އެއީ 14 އަމިނޯ އެސިޑް އެކުލެވޭ ވައްތަރަކާއި، އަދި 28 އަމިނޯ އެސިޑް އެކުލެވޭ ވައްތަރެކެވެ. މިހޯރމޯން އަށް ކިޔައުޅޭ އެހެން ނަންތަކުގެ ތެރޭގައި ގްރޯޘް ހޯރމޯން އިންހިބިޓިންގ ހޯރމޯން(GHIH) ،ސޯމަޓަޓްރޮޕިން ރިލީސް އިންހިބިޓިންގ ހޯރމޯން(SRIF) ފަދަ ނަންތައް ހިމެނެއެވެ.

ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ނުވަތަ () އަކީ ޗިސްމޭ ގައި ހުންނަ ޕެންކްރިއެކްޓިކް ޕޮލިޕެޕްޓައިޑް ސެލް(Pancreatic polypeptide) ތަކުން އުފައްދައި ދޫކުރާ، ޕޮލިޕެޕްޓައިޑް އެކެވެ. އާއްމު ގޮތެއްގައި ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ދޫކުރަނީ ޗިސްމޭ ބޮލުންނެވެ. އޮނިގަނޑުގައި 36 އަމިނޯ އެސިޑް އެކުލެވޭ ޕެންކްރިއެޓިކް ޕޮލިޕެޕްޓައިޑް ގެ މޮލިކިއުލަރ ބަރުދަނުގައި 4200 ޑެލްޓޯން ހުރެއެވެ.

ޗިސްމޭ ރަގަޅަށް މަސައްކަތް ނުކުރާނަމަ ބޮޑުކަމުދާ ތަކެތީގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފެޓް ހުންނާނެއެވެ. އަދި ބޮޑުކަމުދާ ތަކެތީގެ މިންވަރު ގިނަވެ، ކުލަ މަޑުވެ، ދިޔާކަމާއި ތެޔޮކަން އިތުރުކަން ފާހަގަ ވާނެއެވެ. އަދި ބޮޑުކަމުދާ ތަކެތިން އާދަޔާ ޚިލާފަށް ނުބައި ވަސް ދުވާނެއެވެ. 

ޑުއަޑީނަމް ގައި ހުރިތަކެތި ތަޙްލީލު ކުރުމަށް އެންމެ ފުރަތަމަ ސިކްރީޓިން ގެ ޑޯޒެއް ލޭގެ ތެރެއަށް ފޮނުވާލާނީއެވެ. އެއަށްފަހު މިލަރ އެބަޓް ޓިއުބް ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ޑުއަޑީނަމް ގައި ހުރި ތަކެތި ނަގާނީ އެވެ. އަދި ނެގުނު ތަކެތީގެ އެހީގައި ޗިސްމޭ ޖޫސް ގައި ހިމެނޭ މާއްދާތަކުގެ މިންވަރު ބަލައިގެން ޗިސްމޭގެ މަސައްކަތް ހުރިނެތްގޮތް ދެނެގަނެވިދާނެއެވެ. 

އާންމު ގޮތެއްގައި މިއެންޒައިމްތައް ލޭގައި ހުންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ނަމަވެސް ޗިސްމޭގެ ބައެއް ބަލިތަކުގައި މިސާލަކަށް ޕެންކްރީއެޓިކް ޑަކްޓް ބެދުން، އަދި ޗިސްމޭ ދުޅަވުން ފަދަ ޙާލަތްތަކުގައި މިއެންޒައިމްތައް ލޭގެ ތެރޭގައި އާދަޔާ ޚިލާފަށް އިތުރުވެގެން ދެއެވެ. 

ސިކްރީޓިން ޓެސްޓް ހެދުމަށް އެންމެ ފުރަތަމަ ސިކްރީޓިން އާއި މޯރފިން ލޭގެ ތެރެއަށް އިންޖެކްޝަނުން ފޮނުވާލާނީ އެވެ. މޯރފިން ކުދި ޕެންކްރީއެޓިކް ޑަކްޓް ތައް ހަނިކޮށްލާއިރު، ސިކްރީޓިން އެޑަކްޓްތަކުން ޖޫސް ނުވަތަ ދިޔަ ބޭރުކުރުމަށް ބާރުއަޅައެވެ. އެހެން ކަމުން މިބުނި މާއްދާތައް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ތެރޭގައި ޗިސްމޭގެ އެންޒައިމްތަކުގެ މިންވަރު މަތިވާން ޖެހޭނެއެވެ. ނަމަވެސް އެގޮތަށް ލޭގެ ތެރޭގައި ޗިސްމޭ ގެ އެންޒައިމްތަކުގެ މިންވަރު އިންޖެކްޝަން ޖެހުމަށް ފަހު މަތި ނުވެއްޖެނަމަ ޗިސްމޭ މަސައްކަތް ރަގަޅު ނޫންކަމުގައި ތުހުމަތު ކުރެވިދާނެއެވެ.

ހަކުރު ބައްޔަކީ ޗިސްމޭގެ ބީޓާ ސެލްތަކުން އެކަށޭނަ ވަރަށް އިންސޫލިން އުފައްދައި ނުދިނުމުން މެދުވެރިވާ ބައްޔެކެވެ. މިބަލި ޖެހުމުން ލޭގައި ހަކުރުގެ މިންވަރު މަތިވެގެން ދެއެވެ. 

އެހެން ގުނަވަންތަކޭ އެއްފަދައިން އާދައިގެ ޓިއުމަރު ޗިސްމޭ ގައި ވެސް އުފެދި ބޮޑުވެއެވެ. އާދައިގެ ޓިއުމަރު ނެގުމަށްފަހު އަލުން ނުއުފެދޭނެއެވެ. އަދި މިވައްތަރުގެ ޓިއުމަރު އެހެން ޓިޝޫތަކަށް ނުފެތުރޭނެއެވެ. 

ޗިސްމޭގެ ކެންސަރު މާނައަކީ ޗިސްމޭގައި މެލިގްނަންޓް ޓިއުމަރެއް އަށަގަތުމެވެ. ތަފާތު ވައްތަރު ތަކުގެ ޗިސްމޭގެ ކެންސަރު ހުރެއެވެ. 

ޕެންކްރިއެޓިކް އެންޑަކްރިން ޓިއުމަރުތައް: މީގެ ވައްތަރުތައް ތިރީގައި މިވަނީ އެވެ. 

ޗިސްމޭ ފުރަތަމަ ހޯދާފައިވަނީ ގްރީކްގެ ޖައްރާހެއް ކަމަށްވާ ހީރޮފިލަސް އީސާގެ ފާނުގެ 280 އަހަރު ކުރިންނެވެ. އިގިރޭސި ބަހުން ކިޔާ ޕެންކްރިއާސް މިނަން ދެއްވީ ވެސް ގްރީކްގެ އެނަޓަމިސްޓް އެވެ. އެއީ ރުފޯސް އެވެ.




#Article 354: ދޫ (442 words)


ދޫ() އަކީ އަނގައިގެ ތެރޭގައި ހަރަކާތްކުރާ، ކަށި މަސް އިން އުފެދިފައިވާ ބޮޑު ބަންޑަޅިއެއް ފަދަ އެއްޗެކެވެ. ނުވަތަ މިއީ ތެތް ދުލިފަށް() އިން ނިވާކުރެވިފައިވާ ކަށިމަހުގެ ބޮޑިވަރެކެވެ. ކާތަކެތި ހަފައި ދިރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ދުލަކީ ރަހަ އިހްސާސްކޮށް ބަލައި ހެދުމުގައި މަސްއޫލުވާ އަސާސީ ގުނަވަނެކެވެ. ދުލުގެ ސަތަހައިގެ ބޮޑުބައެއް ވަނީ ރަހަ ބުޑު() ތަކުން ފޮރުވިފައެވެ. ހަމަމިހެން އަޑުއުފައްދައި ވާހަކަ ދެއްކުމުގައި ވެސް ދުލަކީ މުހިއްމު ގުނަވަނެކެވެ. 

ދުލުގެ ހަރަކާތްތައް ހިންގުމަށްޓަކައި، ތަފާތު ލޭހޮޅި ތަކާއި، ނާރުތައް ދުލާއި ގުޅިފައިވެއެވެ. ދޫ ތެތްކޮށް އޮންނަނީ އަނގައިގެ ތެރޭގައި ހުންނަ ކުޅު ބޭރުކުރާ ގޮށް ތަކުން ބޭރުކުރާ ކުޅުގެ ސަބަބުންނެވެ. ބައެއް ފަހަރު ދުލަކީ ހަށިގަނޑުގައިވާ އެންމެ ބާރުގަދަ މަސްކޮޅު ނުވަތަ މަސްގަނޑު ކަމުގައި ބެލެވެއެވެ. 

ދުލުގެ މަތިން ކުރިމަތީ ބައި އަކީ އަނގަ ތެރޭގައި އިންނަ ބައެކެވެ. އެއީ ދުލުގެ ކުރިމަތީ ތިންބައިކުޅަ ދެބައެވެ.  މިބައިގެ ހަރަކާތް ކޮންޓްރޯލްކުރަނީ ޓްރައިޖެމިނަލް ނާރު އިން އައިސްފައިވާ ލިންގުއަލް ނާރު އިންނެވެ. މިބައިގެ ސަތަހައިގައި ގިނަ އަދަދަކަށް ފިލިފޯރމް ޕެޕިލާ() ހުރެއެވެ. އަދި ކޮންމެވެސް ވަރަކަށް ފަންގައިފޯރމް ޕެޕިލާ() ވެސް ހުރެއެވެ. އަދި މީގެ އިތުރުން ދުލުގެ އަނގައިގެ ތެރޭގައިވާ ބައި އަދި ދުލުގެ އަރުތެރޭ ގައިވާ ބައި ވަކިކޮށްދޭ ސަލްކަސް ޓާމިނާލިސް ޖެހިގެން ސާކަމްވަލޭޓް ޕެޕިލާ() ހުރެއެވެ. އަދި ފޮލިއޭޓް ޕަޕިލާ() ވެސް ހުރެއެވެ. ފިލިފޯރމް ޕެޕިލާ ފިޔަވައި ދެންހުންނަ ހުރިހާ ވައްތަރެއްގެ ޕެޕިލާގައިވެސް ރަހަ ބުނޑުތައް ހުރެއެވެ. 

ދުލުގެ އަނގަ ތެރޭގައިވާ ބައި() އާއި، ދުލުގެ އަރުތެރޭގައިވާ ބައި() ވަކިކޮށްދެނީ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑި ކޮޅެކެވެ. މިއަޑިކޮޅަށް ކިޔަނީ ސަލްކަސް ޓާމިނާލިސް އެވެ. 

ދުލުގެ މަތިން ފަހަތު ބައި އަކީ އަރު ތެރެގައި އިންނަ ބައެކެވެ. އެއީ ދުލުގެ ފަހަތު ތިންބައިކުޅަ އެއްބައެވެ. މިބައިގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ގްލަސޯފެރިންޖީއަލް ނާރު އިންނެވެ. މިބައިގެ ސަތަހައިގައި ޕެޕިލާ ތަކެއް ނުހުރެއެވެ. މިބައިގައި ލިމްފޮއިޑް ޓިޝޫ ތައް ޖަމާވެގެން ދުލުގެ ޓޮންސިލް އުފެދިފައި އިނދެއެވެ. 

ދުލުގެ އަނގަ ތެރޭގައިވާ ބައި()  އާއި، ދުލުގެ އަރުތެރޭގައިވާ ބައި() ވަކިކޮށްދެނީ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑި ކޮޅެކެވެ. މިއަޑިކޮޅަށް ކިޔަނީ ސަލްކަސް ޓާމިނާލިސް އެވެ.

ދުލުގެ ދަށް އިންނަނީ ތިރީ ތަލީގައި ނުވަތަ ދުލުގެ ތަޅުމުގައި ޖެހޭގޮތަށެވެ. ނުވަތަ ބީހޭ ގޮތަށެވެ. މިބައި ނިވާކުރެވިފައިވަނީ އެތެރެ ފެންނަ ސާފު ތެތް ދުލިފަށް އަކުންނެވެ. ދުލުގެ ދަށުގައި އެކިވައްތަރުގެ ޕެޕިލާ ތަކެއް ނުހުރެއެވެ. ދުލުގެ ދަށުން މެދުގައިވާ ފޯލްޑް އަށް ކިޔަނީ ލިންގުއަލް ފްރެނިޔުލަމް އެވެ. 

 
ދުލުގެ ސަތަހަތައް ތިރީގައި މިވަނީ އެވެ. 

ދުލުގައި ދެވައްތަރެއްގެ މަސްތައް ހުރެއެވެ. އެއީ ދުލުގެ ތެރޭގައި ހުންނަ އިންޓްރިންސިކް މަސްތައް އާއި، އަދި ދުލާއި އެހެން ބައިތަކާއި ދެމެދުގައިވާ އެކްސްޓްރިންސިކް މަސްތައް އެވެ. 

އެކްސްޓްރިންސިކް މަސްތައް އަކީ ދުލުން ބޭރު ބައިތަކުން ފެށިގެން ދުލަށް އައިސްފައިވާ މަސްތަކެވެ. އެގޮތުން އެކްސްޓްރިންސިކް މަސްތަކުގެ 4 ޖޯޑު މަސް ހުރެއެވެ. 
އެކްސްޓްރިންސިކް މަސްކޮޅު ތަކުގެ އެހީގައި، ދޫބޭރަށްނެރެ، އެތެރެއަށް ޖައްސައި، މައްޗަށް އުފުލައި، ތިރިކޮށް ހަދައެވެ. 

އިންޓްރިންސިކް މަސްތައް އަކީ ދުލުގެ އެއް ހިސާބުން ފެށިގެން އަނެއް ހިސާބަށް ނިމިފައި ދުލުގެ ތެރޭގައި ހުންނަ މަސްކޮޅު ތަކެވެ. އިންޓްރިންސިކް މަސްތަކުގެ ވެސް 4 ޖޯޑް ހުރެއެވެ. މިމަސްތަކުގެ އެހީގައި ދުލުގެ ބައްޓަށް ދޫކުރުކޮށްގެންނާއި، ދޫދިގުކޮށްގެން ބަދަލުކުރުވައެވެ. 

ދުލުގެ އަނގަތެރޭގައިވާ ބައި ފޮރުވިފައިވަނީ ތަފާތު 4 ވައްތަރެއްގެ ޕެޕިލާ ތަކުންނެވެ. އެވައްތަރު ތަކަކީ، ފިލިފޯރމް ޕެޕިލާ، ފަންގައިފޯރމް ޕެޕިލާ، ސާކަމްވަލޭޓް ޕެޕިލާ، އަދި ފޮލިއޭޓް ޕެޕިލާ އެވެ. ފިލިފޯރމް ޕެޕިލާ ފިޔަވައި ދެންހުރި ހުރިހާ ވައްތަރެއްގެ ޕެޕިލާގައި ވެސް ރަހަ ބުނޑުތައް ހުރެއެވެ. 

ޕެޕިލާ ތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ހުންނަނީ ސާކަމްވަލޭޓް ޕެޕިލާ އެވެ. ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ސަލްކަސް ޓާމިނާލިސް ގެ ކުރިމަތިން އެދެބައި ވަކިކޮށްދޭ ބޯޑަރެއްގެ ސިފައިގައި ސާކަމްވަލޭޓް ޕެޕިލާ ތައް އެތުރިފައި ހުރެއެވެ. ސަލްކަސް ޓާމިނާލިސް ގެ ކުރިމަތިން ވީއަކުރުގެ ބައްޓަމަން ވާގޮތަށް 14-8 އާއި ދެމެދުގެ އަދަދަކަށް ސާކަމްވަލޭޓް ޕެޕިލާތައް ހުރެއެވެ. 

 
ދުލަށް ލޭފޯރުކޮށްދެނީ އެކްސްޓަރނަލް ކެރަޓިޑް އާޓަރީ އިން އައިސްފައިވާ ލިންގުއަލް އާޓަރީ އިންނެވެ. މިލޭހޮޅިން އުފެދިފައިވާ ތަފާތު ކުދި ގޮފިތަކުން ދުލުގެ އެކި ހިސާބުތަކަށް ލޭފޯރުކޮށްދެއެވެ. 




#Article 355: ކަންފަތް (134 words)


އަޑު އެހުމުގެ ހިއްސު ފުރިހަމަ ކޮށްދެނީ ކަންފަތުގެ އެހީގައެވެ.
ކަންފަތް ބެހިފައިވާ ބައިތައް

ކަންފަތުގެ ބޭރު ބައިގައި ހިމެނެނީ ހަށީގަނޑުން ބޭރުން ކަންފަތުން ފެންނަ އިންނަ ބަޔާއި، ކަންފަތުގެ ފޫޅުގެ އިތުރުން ކަންފަތުގެ ހޮއިން ކަންފަތުގެ ތޫރީގެ ބޭރު ފަށަލަ އާއި ހަމައަށްވާ ބައެވެ. 

ކަންފަތުގެ މެދުބަޔަކީ ކަންފަތުގެ ބޭރު ބަޔާއި، ކަންފަތުގެ އެންމެ އެތެރޭގެ ބަޔާއި ދެމެދުގައިވާ ހިސާބެވެ. މިހިސާބުގައި ހުންނަނީ ކަންފަތުގައި ހުންނަ ކުދި ކަށިކޮޅުތަކާއި، އެތެރޭގައި ވައި-ހަރުލާފައި ހުންނަ ކަންފަތުގެ ތޫރިގެ މަގާއި، އޮޑިޓަރީ ޓިއުބް އަދި ރައުންޑް ވިންޑޯ އާއި އޯވަލް ވިންޑޯ އެވެ. ކުދިކަށިކޮޅުތައް ހިފަހައްޓައިދޭ އެއްސުންތައް ނޫނީ ލިގަމެންޓްތައް ވެސް ކަންފަތުގެ މެދުބައިގައި ހުރެއެވެ. ކަންފަތަށް ވަންނަ އަޑު ކަންފަތުގެ ތޫރިއަށް ވާޞިލްވުމުން އެއަޑުތައް ބަލައިގަނެ، ދެނެގަނެ، އެއަޑުތައް ކަންފަތުގެ އެތެރޭ ބަޔަށް ފޮނުވައިދެނީ މިހިސާބުގައި ހުންނަ ކުދި ކަށިކޮޅުތަކުންނެވެ. އެގޮތުން މިހިސާބުގައި ހުންނަ ކަށިކޮޅުތަކުގެ ތެރޭގައި ސްޓެޕީސް، އިންކަސް'، އަދި މެލިއަސް ހިމެނެއެވެ. އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ކުޑަ ކަށިކޮޅަކީ ކަންފަތުގެ މެދުބައިގައި އިންނަ ސްޓެޕީސް އޭ ކިޔާ ކަށިކޮޅެވެ.  ކަންފަތާއި ކަރުގުޅުވައިދޭ ހޮޅި ޔޫސްޓެޗިއަން ޓިއުބް ކަންފަތަށް ގުޅިފައިވަނީ ވެސް ކަންފަތުގެ މެދުބައިންނެވެ. 

ކަންފަތުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އަޑުއިވުމުގެ ހިއްސު ގެނެސްދިނުމާއި ހަށިގަނޑުގެ ހަމަ ހިފެހެއްޓުމެވެ




#Article 356: ސިންގަޕޫރު (410 words)


ސިންގަޕޫރަކީ މެލޭ ޕެނިންސޫލާގެ ދެކުނުގައި އޮންނަ ޖަޒީރާ ޝަހަރީ ދައުލަތެކެވެ. 

ސިންގަޕޫރުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ޤައުމީ ބަހަކީ މެލޭ ބަހެވެ. މީގެ އިތުރުން ތަމަޅަ ބަހާއި މެންޑަރިން ޗައިނީޒް ބަސް ރަސްމީ ބަސްބަހުގެ ގޮތުގައި ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސިންގަޕޫރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސިންގަޕޫރު ސިޓީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ވެރިކަން ކުރާ ސަރަޙައްދަކީ ޑައުންޓައުން ކޯރ، ސެންޓްރަލްއެވެ. މި ޤައުމަކީ ޝަހަރީ ދައުލަތެއްކަން ފާހަގަކޮށްލެވެއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 115 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 710.2 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sg. އެވެ. ކޯލިން ކޯޑަކީ +65 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސިންގަޕޫރު ޑޮލަރެވެ.

އިނގިރޭސި ބަހުން މި ޤައުމުގެ ނަމަކަށް ކިޔާ “ސިންގަޕޫރު” މި ނަން ނެގިފައިވަނީ މެލޭ ބަހުގެ “ސިންގާޕޫރާ” އިންނެވެ. މީގެ މާނައަކީ “ސިންގާ ޝަހަރު” އެވެ. އެހެން ނަމަވެސް އެއްވެސް ޒަމާނެއްގައި ސިންގަޕޫރުގައި ސިންގާ އުޅެފައިވާ ކަމަކަށް ނުފެނެއެވެ.
އެހެން ކަމުން ބޮޑަށް ބެލެވެނީ ޤަދީމީ ޒަމާނުގެ ވާހަކައެއް ކަމުގައިވާ މަހާބާހރަތާގައި ބަޔާންކޮށްފައިވާ “ސިންހާޕޫރާ” އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމަކަށް މިނަން ވެފައިވާ ކަމަށެވެ.

ސިންގަޕޫރު އޮންނަނީ މެލޭޝިޔާގެ ޖޮހޮރު ސްޓޭޓުގެ ދެކުނުގައެވެ. އިންޑޮނޭޝިޔާގެ ރިޔާއު ޖަޒީރާގެ އުތުރުގައެވެ. ސިންގަޕޫރަކީ ކުޑަ ދައުލަތްތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ދެކުނު އިރުމަތީ އޭޝިޔާގައި އޮތް އެންމެ ކުޑަ ޤައުމަކީ ވެސް ސިންގަޕޫރެވެ. މުސްތަޤިއްލު ޝަހަރީ ދައުލަތްތަކުގެ ތެރޭގައި މިއަދު ހިމެނޭ މޮނާކޯ އާއި ވެޓިކަން ސިޓީއަށް ވުރެ ސިންގަޕޫރު ބޮޑެވެ.

ސިންގަޕޫރުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް ރިކޯޑުތަކުން ދައްކަނީ މީލާދީން 2 ވަނަ ޤަރުނުގައެވެ. ކުރީން ސިންގަޕޫރަށް ކިޔާ އެއް ނަމަކީ ތެމަސެކް އެވެ. މިއީ ޖާވާނީ ބަހުން ކިޔާފައިވާ ނަމެކެވެ. މި ނަމުގެ މާނައަކީ “ކަނޑުގެ ޓައުން” އެވެ.
މީލާދީން 16 ވަނަ ޤަރުނާއި 19 ވަނަ ޤަރުނާ ދެމެދު ސިންގަޕޫރު އޮތީ ސުލްޠަނަތު ޖޮހޮރުގެ ދަށުގައިވާ ރަށެއްގެ ގޮތުގައެވެ.
މީލާދީން 1613 ވަނަ އަހަރުގައި ހިނގި މެލޭ-ޕޯޗުގީޒު ހަނގުރާމައިގައި ޕޯޗުގީޒުން ވަނީ ސިންގަޕޫރުގެ އާބާދީ ދިރިއުޅޭ އަވަށުގައި އަލިފާން ޖަހާފައެވެ.
މީލާދީން 17 ވަނަ ޤަރުނުގައި ސިންގަޕޫރުގެ ކޮންޓްރޯލް އޮތީ ޕޯޗުގީޒުންގެ އަތްދަށުގައެވެ. 18 ވަނަ ޤަރުނުގައި ސިންގަޕޫރުގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޑަޗުންނެވެ. މި ދުވަސްވަރު އެ ރަށުގެ އާބާދީގެ ގިނަ މީހުން ހިމެނުނީ މަސްވެރިންކަމުގައެވެ.

މި އެއްބަސްވުމުގެ ދަށުން ސިންގަޕޫރުގެ ދެކުނުގައި އިނގިރޭސީންގެ ވިޔަފާރީގެ މަރުކަޒެއް ހެދުމުގެ ހުއްދަ ލިބިގެން ދިޔައެވެ. 1824 ވަނަ އަހަރާ ހަމަޔަށް އެތަން އޮތީ މެލޭ ރަސްރަސްކަލުންގެ ބާރު ހިނގާ ތަނެއްގެ ގޮތުގައެވެ. 

ސިންގަޕޫރަށް އަމިއްލަ ވެރިކަމެއް ހިންގުމުގެ ފުރުޞަތު ލިބިގެން ދިޔައީ 3 ޖޫން 1959 ގައެވެ. އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 31 އޯގަސްޓް 1963 ގައެވެ. މެލޭޝިޔާގެ ބައެއްގެ ގޮތުގައި އެ ޤައުމާ ގުޅުނީ 16 ސެޕްޓެންބަރު 1963 ގައެވެ. މެލޭޝިޔާއާ ވަކިވެ ޤައުމުގެ ސަރަޙައްދުގެ ދާއިރާ ހަނިވެގެން ދިޔައީ 9 އޯގަސްޓް 1965 ގައެވެ. 

ސިންގަޕޫރުގެ އާބާދީގެ 74.2% އަކީ ޗައިނާ ނަސްލުގެ މީހުންނެވެ. މެލޭ ނަސްލުގެ މީހުންގެ އާބާދީއަކީ 13.4% އެވެ. އިންޑިޔާ ދަރިކޮޅުގެ މީހުންގެ އާބާދީއަކީ 9.2% އެވެ. ޔޫރޭޝިޔަނުންނާއި އަރަބީންގެ ނިސްބަތަކީ 3.2% އެވެ. 
ސިންގަޕޫރުގެ އާބާދީގެ 42.5% މީހުންގެ ދީނަކީ ބުދުދީނެވެ. އިސްލާމްދީނަށް ތަބާވަނީ 14.9% މީހުންނެވެ. އެއްވެސް ދީނަކަށް ތަބާ ނުވާ 14.8% މީހުން ތިބި އިރުގައި ކްރިސްޓިޔަން ދީނަށް ތަބާވާ 14.6% މީހުން އެބަތިއްބެވެ. 
ޓާއޮއިޒަމްއަށް ތަބާވާ 8.5% މީހުން ތިބި އިރު ހިންދޫ ދީނަށް ތަބާވާ 4% މީހުންނާއި އެހެން ދީންތަކަށް ތަބާވާ 0.6% މީހުން އެބަތިއްބެވެ.

ސިންގަޕޫރުގައި އޮންނަނީ މަސްހުނި ސަގާފަތެކެވެ. މެލޭ ދަރިކޮޅުގެ މީހުންނާއި ޗައިނާ ދަރިކޮޅުގެ މީހުން އަދި އިންޑިޔާ ދަރިކޮޅާއި އަރަބި ދަރިކޮޅުގެ މީހުންގެ މައްޗަށް ބިނާވެފައިވާ ސަގާފަތެކެވެ.




#Article 357: ޕެރަގުއޭ (334 words)


ޕެރަގުއާއި އަކީ ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބިން ބަންދު ދެ ޤައުމުން އެއް ޤައުމެވެ. މިފަދަ އަނެއް ޤައުމަކީ ބޮލީވިއާއެވެ.

ޕެރަގުއާއިގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހާއި ގުއަރާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕެރަގުއާޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަސުންސިލޯނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ދުސްތޫރީ، ރިޔާސީ، ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 103 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 406752 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ py. އެވެ. ކޯލިން ކޯޑަކީ +595 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގުއަރާނީއެެވެ.

ޕެރަގުއާއި ގެ ނަން ނެގިފައިވަނީ އެ ޤައުމާ ގުޅިފައި އޮތް ކޯރަކަށް ނިސްބަތް ކޮށެވެ. “ޕެރަ” މި ބަހުގެ މާނައަކީ ވަރަށް ގިނަ ކުލަތަކުގެ. އެވެ. “ގުއާ” ގެ މާނައަކީ އެތަނަށް ނިސްބަތްވާ. އެވެ. “އި” ގެ މާނައަކީ ކޯރު ނުވަތަ ފެންގަނޑެވެ.

ޕެރަގުއޭގެ ދެކުނާއި ހުޅަނގު ދެކުނުގައި އޮންނަނީ އާޖެންޓީނާއެވެ. އިރުމައްޗާއި އިރު އުތުރުގައި އޮންނަނީ ބްރެޒީލެވެ. ހުޅަނގު އުތުރުގައި އޮންނަނީ ބޮލީވިއާއެވެ. އެމެރިކާ ބައްރުގައި ޕެރަގުއޭ އޮންނަ މަޤާމުގެ ސަބަބުން ގިނަ ފަހަރަށް ޕެރަގުއޭއަށް ކިޔައި އުޅެނީ ވެސް އެމެރިކާގެ ހިތެވެ.

ޕެރަގުއާއިގެ ސަރަޙައްދަކީ ވަރަށް ކުރީއްސުރެ އިންސާނުން ދިރިއުޅެން ފަށާފައިވާ ސަރަހައްދެކެވެ. އެމެރިކާ އާއި ދެކުނު އެމެރިކާގެ އެހެން ޤައުމުތައް ފަދައިން ޕެރަގުއާއި ގައި ވެސް ދިރިއުޅެމުން ދިޔައީ އެމެރިންޑިޔަނުންނެވެ. މިއީ ޔޫރަޕުގެ މީހުން އެމެރިކާ ބައްރަށް ވަދެގަތުމުގެ ކުރީންނެވެ.
ބައެއް ތަންތަނުގައި ޔޫރަޕުގެ މީހުންނާއި އެމެރިންޑިޔަނުން މަސްހުނިވުމުގެ ކަންތައް ހިނގާފައިވަނީ ތަންކޮޅެއް ކުޑަކޮށެވެ. އެހެން ނަމަވެސް ބައެއް ތަންތަނުގައި ވަރަށް ބޮޑަށް މި މަސްހުނިވުން ފާހަގަކުރެވެއެވެ.
ޕެރަގުއާއި އަކީ މިފަދަ އެއް ޤައުމެވެ. 
ޔޫރަޕުގެ މީހުން މި ސަރަޙައްދަށް ފުރަތަމަ އައިސްފައިވަނީ ސޯޅަވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އަސުންސިލޯން ޝަހަރު ބިނާކުރެވުނީ 15 އޯގަސްްޓް 1537 ގައެވެ. މި ޝަހަރު ވެގެން ދިޔައީ އިސްޕޭނު މީހުންގެ ހުރިހާ ފައްނުތަކެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެމެރިކާ ބައްރުން ފެނިގެން ދިޔަ އެެއް ޝަހަރެވެ.
ޕެރަގުއާއިގެ ތާރީޚަށް ބަލާއިރު، މި ޤައުމު ފާހަގަވެފައިވަނީ އަވަށްޓެރި ޤައުމުތަކާ ވަރަށް ގިނައިން ހަނގުރާމަކޮށްފައިވާ ޤައުމެއްގެ ގޮތުގައެވެ. 
މިހެން މިކަން ދިމާވުމުގެ އެންމެ މައިގަނޑު ސަބަބަކީ އެ ޤައުމަކީ ބިންބަންދު ޤައުމަކަށް ވުމުގެ ސަބަބުން އެހެން ޤައުމުތަކުގެ ތެރެއިން ލާފައި ނޫން ގޮތަކަށް ކަނޑާ ހަމަޔަށް ނުދެވޭތީ، ކަނޑު މަގެއް ހޯދުން ކަމަށް ބައެއް މުޙައްލިލުން ލަފާ ކުރައްވައެވެ.
ޕެރަގުއާއި އަށް ސްޕެއިންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 14 މެއި 1811 ގައެވެ.

ޕެރަގުއާއިއަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ މަސްހުނިވުން ބޮޑު އެއް ޤައުމެވެ. ނަތީޖާއެއްގެ ގޮތުން ޕެރަގުއާއިގެ އާބާދީގެ 95% އަކީ މެސްޓިޒޯއިންނެވެ. ނުވަތަ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުން އިނދެގެން ލިބިފައިވާ ދަރީންގެ ދަރިކޮޅެވެ. 
ސަގާފަތު
ޕެރަގުއާއިއަކީ މުޅި ދެކުނު އެފްރިކާގައި ވެސް އޮތް އެންމެ ހޯމޯޖީނަސް އެއް ޤައުމެވެ. އެހެން ކަމުން ޕެރަގުއާއިގެ ސަގާފަތުން މިކަމުގެ އަސަރު ފެނިގެންދެއެވެ. އެމެރިންޑިޔަނުންނާއި ސްޕެނިޝް ނުވަތަ ޔޫރަޕުގެ މީހުންގެ މަސްހުނި ސަގާފަތް އެންމެ ބޮޑަށް ފެންނަ ޤައުމަކީ ވެސް ޕެރަގުއާއިއެވެ.




#Article 358: ސެރެލިއޯން (356 words)


ސެރެލިޔޯން އަކީ ނުވަތަ ސިއެރަލިޔޯންއަކީ އެފްރިިކާގެ ހުޅަނގު ބިތަށް ނިސްބަތްވާ ޤައުމެކެވެ. 

ސެރެލިޔޯންގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ބެންގާލީ ބަހެވެ. ބެންގާލީ ބަސް މި ޤައުމުގެ ރަސްމީ ބަހެެއް ކަމުގައި ހަމަޖައްސާފައިވަނީ ސެރެލިޔޯންގައި ޞުލްޙަ ބެލެހެއްޓުމުގެ ގޮތުން ޙަރަކާތްތެރިވި 5300 ބެންގާލީ ސިފައިންގެ ޝަރަފުގައެވެ. މި ޤައުުމުގެ ޤައުމީ ބަހަކީ ކްރިއޯއެވެ. މިއީ މި ޤައުމުގެ 97% މީހުން ވާހަކަދައްކާ ބަހެވެ. އެހެން ނަމަވެސް މި ބަހަށް ރަސްމީ ބަހެއްގެ ދަރަޖަ ލިބިފައެއް ނުވެއެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސިއެރަލިއޯނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ފްރީޓައުންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 108 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 71740 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sl. އެވެ. ކޯލިން ކޯޑަކީ +232 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލިއޯންއެވެ.

މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ސިއެރަލިޔޯންއެވެ. ސިއެރަލިޔޯންގެ މާނައަކީ ލިއޯން ފަރުބަދައެވެ. މިއީ ލިއޯން ފަރުބަދައަށް ނިސްބަތްކޮށް ކިޔާފައިވާ ކަމެކެވެ.

ސެރެލިޔޯންގެ އުތުރުގައި އޮތީ ގިނީއެވެ. އިރުދެކުނުގައި އޮތީ ލައިބީރިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ އެޓްލާންޓިކް މާ ކަނޑެވެ. 

އާސާރީ ހެކިތަކުން ފެންނަ ގޮތުގައި ސެރެލިޔޯންގައި މީހުން އާބާދުވެ ދިރިއުޅެމުން ގެންދާތާ 2500 ވަރަކަށް އަހަރުވަނީ ވެފައެވެ. 
ސެރެލިޔޯންގައި ދަގަނޑު ބޭނުން ކުރަން ފަށާފައިވަނީ މީލާދީން 9 ވަނަ ޤަރުނާ ހަމައިގައި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. 
އައްސޭރި ފަށުގައި ދިރިއުޅޭ ޤަބީލާތަކުގެ މީހުން ދަނޑުވެރިކަމުގެ މަސައްކަތް ވަނީ މީލާދީން 1000 ހާ ތާނގައެވެ.
ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޔޫރަޕުގެ މީހުންނާ އެންމެ ފުރަތަމަ ގުޅުން އުފެދުނު ޤައުމަކީ ވެސް ސެރެލިޔޯންއެވެ. މީލާދީން 1462 ވަނަ އަހަރުގައި ޕޯޗުގީޒުން ސިއެރަލިޔޯނަށް އައެވެ. 
ޕޯޗުގީޒުން ވަނީ 1495 ވަނަ އަހަރުގައި ސެރެލިޔޯންގެ ކިއްލާ ބިނާކޮށްފައެވެ. މިއީ ފަހުން ވެގެން ދިޔައީ ވިޔަފާރި އާއި އިޤްތިޞާދުގެ މައި މަރުކަޒަކަށެވެ.
ޕޯޗުގީޒުންގެ ފަހުން ޑަޗުންނާއި ފަރަންސޭސީން ސެރެލިޔޯނަށް އައެވެ. މި ހުރިހާ އެންމެން ވެސް ސެރެލިޔޯން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ އަޅުންގެ ވިޔަފާރީގެ ނުގުތާއެއްގެ ގޮތުގައެވެ.
މީލާދީން 1562 ގައި އިނގިރޭސީން ސެރެލިޔޯންގެ އަޅުންގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. 
ސެރެލިޔޯނަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 27 އެޕްރީލް 1961 ގައެވެ. ސެރެލިޔޯނުން ޖުމްހޫރިއްޔަތެއް އިޢުލާންކޮށްފައި ވަނީ 19 އެޕްރީލް 1971 ގައެވެ. 
ސެރެލިޔޯންގައި ހިނގަމުން ދިޔަ ހަމަ ނުޖެހުންތައް ނިމުމަކަށް އައުމަށް ފަހުގައި، ސެރެލިޔޯނުން ވަނީ ތަރައްޤީގެ މަގުގައި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ސެރެލިޔޯންގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 6 މިލިޔަނެއް ހައި މީހުންގެ ތެރެއިން އެއް މިލިޔަނެއް ހައި މީހުން ދިރިއުޅެމުން ގެންދަނީ ވެރިރަށް ފްރީޓައުންގައެވެ. 
ސެރެލިޔޯންގެ އާބާދީގެ 60% މީހުންގެ ދީނަކީ އިސްލާމްދީނެވެ. 10% މީހުންގެ ދީނަކީ ކްރިސްޓިޔަން ދީނެވެ. 30% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބާވާ މީހުންނެވެ.

އާދަކާދަ އާއި ސަގާފަތަށް ބަލާއިރުގައި ސެރެލިޔޯން އަކީ އަވަށްޓެރި އެހެން ޤައުމުތަކާ ތަފާތު ޤައުމެއް ނޫނެވެ. ބޯދާ އާދަތަކާއި ޤަދީމީ ވައްތަރަށް ކުޅޭ މިއުޒިކަކީ ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެރެލިޔޯނުގައި ވެސް ޚާއްޞަ ޤަދަރެއް ދެވިފައިވާ އެއްޗެކެވެ.

އެތައް ދުވަހެއް ވަންދެން ހަނގުރާމައިގެ ތެރޭގައި އޮތުމަށް ފަހުގައި މިއަދު ސެރެލިޔޯންގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާން ފަށާފައިވާ ކަމަށް މި ދާއިރާގެ ތަޖްރިބާކާރުން ވިދާޅުވެއެވެ. 




#Article 359: އުރުދުން (293 words)


އުރުދުންއަކީ އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. 

އުރުދުންގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޖޯޑާނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އައްމާނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ދުސްތޫރީ ރަސްކަމެއް ހިނގާ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 105 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 92300 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ jo. އެވެ. ކޯލިން ކޯޑަކީ +962 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ދީނާރެވެ.

އުރުދުންގެ ރަސްމީ ނަމަކީ “އަލްމަމްލަކަތުލް އުރްދުނިއްޔާ އަލްހާޝިމިއްްޔާ” އެވެ. 

ބަޙްރުލް މައްޔިތު ނުވަތަ ޑެޑް ސީ އަކީ އުރުދުން އާއި އިސްރާއީލުން ޙިއްޞާކުރާ ކަނޑެކެވެ. އުރުދުންގެ ބޮޑުބައިގައި ވަނީ އަރަބި ޞަޙަރާއެވެ. އުރުދުންގެ އުތުރުގައި އޮތީ ސޫރިޔާއެވެ. އިރުއުތުރުގައި އޮތީ ޢިރާޤެވެ. އިރުމައްޗާއި ދެކުނުގައި އޮތީ ސަޢުދީ ޢަރަބިއްޔާއެވެ. ހުޅަނގުގައި އޮތީ އިސްރާއީލެވެ.
ދުނިޔޭގެ އެންމެ ތިރީގައިވާ ހިކި ފަސްތަން ވެސް އޮންނަނީ އުރުދުންގައެވެ.

އުރުދުންގެ ދިގު ތާރީޚުގައި އެ ޤައުމުވަނީ ވަރަށް ގިނަ ޙަޟާރަތްތަކެއް ދެކިފައެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި އުސްމާނީންގެ ވެރިކަމުގެ ދަށުގައި އޮތް އުރުދުން އިނގިރޭސީންނާ ޙަވާލުކުރެވުނެވެ. އެއީ ބްރިޓިޝް މޭންޑޭޓް ޕެލެސްޓައިންގެ ގޮތުގައެވެ. މި ބިމުގެ 76% އަށް ވުރެ އިތުރީ އުރުދުން ކޯރުގެ އިރުމަތީގައި އޮތް ޓްރާންސްޖޯޑަންގެ ބިމެވެ.

އުރުދުންއަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން މިހާރު އިސްރާއީލާ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ޤައުމެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުން އުރުދުންގެ އެދުމަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއެވެ.

އުރުދުންއަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން ހިޖުރަކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިހާރުވެސް ޢިރާޤު، ފަލަސްޠީން، ޝީޝާން ފަދަ ޤައުމުތަކުގެ ރެފިއުޖީންގެ ތެރެއިން އެތައް ބަޔަކު އުރުދުންގައި ދިރިއުޅެމުން އެބަ ގެންދެއެވެ.

އުރުދުންގެ ބަހާއި ސަގާފަތާއި އާދަކާދަ އާއި ނަސްލަކީ ހުރިހައި ގޮތަކުން ބެލިކަމުގައި ވިޔަސް އަރަތްބެވެ. 
އުރުދުން އަކީ މަޞްލަޙަތާއި ކެތްތެރިކަމާއި އަމާންކަން ފަދަ ސިފަތަކުން ޒީނަތްވެގެންވާ ޤައުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ތަންތަނުން އައިސް އުރުދުންގައި ވަޒަންވެރިވެފައިވެއެވެ. މީގެ ތެރޭގައި އަރްމީނިޔާގެ މީހުންނާއި ޝީޝާންގެ މީހުންގެ އިތުރުން ޢިރާޤާއި ފަލަސްޠީނުގެ މީހުން ހިމެނެއެވެ.
އުރުދުންގައި ވަރަށް ބޮޑަށް ތަމްރީން ދެވިފައިވާ، ވަރަށް ޕްރޮފެޝަނަލް ފުލުހުންގެ މައްޗަށް ބިނާވެފައިވާ ފުލުހުންގެ ފޯސްއެއް އޮވެއެވެ. މުޅި ދުނިޔެއިން ވެސް ފުލުހުންގެ ޚިދުމަތުގެ ގޮތުން 14 ވަނައިގައި އުޅެނީ އުރުދުންއެވެ. މިއީ ސަރަޙައްދުގެ ނިސްބަަަަަަަަަތުން ބަލާނަމަ 1 ވަނައެވެ. އޯގަނައިޒްޑް ކްރައިމް ހުއްޓުވުމުގައި މުޅި ދުނިޔޭގައި 9 ވަނަ އަދި ސަރަޙައްދުން 1 ވަނަ ލިބިފައިވާ ޤައުމަކީ އުރުދުންއެވެ. ނަތީޖާއެއްގެ ގޮތުން އުރުދުންއަކީ މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް އެންމެ ރައްކައުތެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.




#Article 360: ޕަޕުއާ ނިއު ގިނީ (442 words)


ޕަޕުއާ ނިއު ގިނީއަކީ އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުމަކީ އާބާދީގެ ތަރުތީބަށް ބަލާއިރު، ދުނިޔޭގައި 100 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެހެން ކަމުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަތޭކަ ޤައުމުގެ ލިސްޓުގެ އެންމެ ފަހަތުގައި އޮތް ޤައުމަކީ ވެސް ޕަޕުއާ ނިއު ގިނީއެވެ.

ޕަޕުއާ ނިއު ގިނީގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ތޮކް ޕިސިން ބަހާއި ހިރި މޮތު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕަޕުއާ ނިއު ގިނިއަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕޯޓް މޮރެސްބީ ޝަހަރެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ފެޑެރަލް ދުސްތޫރީ ރަސްކަމެކެވެ. އެހެނީ ޕަޕުއާ ނިއު ގިނީއަކީ ކޮމަންވެލް^ް ރިއަލްމެކެވެ. މިއީ މިނިވަން ޤައުމެއް ކަމުގައި ވިޔަސް ދައުލަތުގެ ވެރިޔަކީ އިނގިރޭސި ރާނީ ކްއީން އެލިޒަބަ^ް 2 ވަނައެވެ.
ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 100 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 462840 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pg. އެވެ. ކޯލިން ކޯޑަކީ +675 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކީނާއެވެ.

ޕަޕުއާ ނިއު ގިނީގެ ރަސްމީ ނަމަކީ އިންޑިޕެންޑެންޓް ސްޓޭޓް އޮފް ޕަޕުއާ ނިއު ގިނީއެވެ. 

ޕަޕުއާ ނިއު ގިނީގެ އެއްބަޔަކީ ނިއު ގިނީ ޖަޒީރާގެ އިރުމަތީ ބައެވެ. މި ޖަޒީރާގެ ހުޅަނގު ބައި އޮންނަނީ އިންޑޮނޭޝީޔާގެ ބައެއްގެ ގޮތުގައެވެ. އެއީ އިންޑޮނޭޝިޔާގެ ޕަޕުއާ ޕްރޮވިންސާއި ވެސްޓް ޕަޕުއާ ޕްރޮވިންސުގެ ގޮތުގައެެވެ. 

އާސާރީ ހެކިތަކުން ފެންނަ ގޮތުގައި މީގެ 50000 އަހަރު ކުރީން ވެސް ޕަޕުއާ ނިއު ގިނީ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވެއެވެ.
ތާރީޚު ޢިލްމުވެރީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި ޕަޕުއާ ނިއު ގިނީގައި އިންސާނުން އާބާދުވެފައިވާނީ އޮސްޓްރޭލިޔާއާ އެއް ދުވަސްވަރެއްގައެވެ.
ޕަޕުއާ ނިއު ގިނީ ކުރީން އޮތީ އޮސްޓްރޭލިޔާގެ ވެރިކަމުގެ ދަށުގައެވެ. އޮސްޓްރޭލިޔާގެ ސީދާ ވެރިކަމުގެ ދަށުން ނެއްޓި ޒާތީ ވެރިކަމެއް ކުރުމުގެ ފުރުޞަތު އެ ޤައުމަށް ލިބިގެން ދިޔައީ 1 ޑިސެންބަރު 1973 އިން ފެށިގެންނެވެ. މިނިވަންކަން ލިބުނީ 16 ޑިސެންބަރު 1975 ގައެވެ.

މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް އެންމެ ނަސްލުތަކުގެ ތަފާތު ބޮޑު އެއް ޤައުމުގެ ތެރޭގައި ޕަޕުއާ ނިއު ގިނީ ހިމެނޭނެއެވެ. ޕަޕުއާ ނިއު ގިނީގެ އަދިވާސީން ކަމުގައި ހިމެނޭ އެތައް ސަތޭކަ ނަސްލެއްގެ މީހުން މިއަދު ވެސް އެ ބިމުގައި ދިރިއުޅެމުން އެބަ ގެންދެއެވެ.
ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތް ވަރަށް ތަފާތު ބަސްބަހުން މޮށި އުޅޭ މީހުން ޕަޕުއާ ނިއު ގިނީގައި އެބަ ތިއްބެވެ. މި ގޮތުން ތަފާތު 820 އަދިވާސީ ބަސް ފާހަގަ ކުރެވިފައިވެއެވެ. 
އެހެން ކަމުން މުޅި ދުނިޔޭގައި މޮށިއުޅޭ ބަސްތަކުގެ ތެރެއިން 12% ބަސް ނިސްބަތްވަނީ ޕަޕުއާ ނިއު ގިނީއަށެވެ. 
ޕަޕުއާ ނިއު ގިނީގައި ތަޢުލީމު ދެވެނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް މިއީ އެހައި ޢާއްމު ބަހެއް ނޫނެވެ. ޕަޕުއާ ނިއު ގިނީ ގައި މިއަދު އެންމެ ގިނަ މީހުން މޮށިއުޅޭ ބަހަކީ ތޮޮކް ޕިސިން ބަސް ނުވަތަ ނިއު ގިނީ ޕިޑްގިން ބަހެވެ. މިއީ މި ޤައުމުގެ ރަސްމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. މި ބަސް އެންމެ ޢާއްމު ނޫން ސަރަޙައްދަކީ ޕަޕުއާގެ ދެކުނު ސަރަޙައްދެވެ. މި ސަރަޙައްދުގައި މޮށި އުޅޭ ޢާއްމު ބަހަކީ ހިރި މޮތު ބަހެވެ. މިއީ ވެސް ޤައުމުގެ ރަސްމީ ބަހެކެވެ.
ވަނުއާޓޫ ފިޔަވައި މުޅި ދުނިޔޭގައި ވެސް މޮށިއުޅޭ ބަސްތަކުގައި އެންމެ ތަފާތު އަދި އެންމެ ގިނަ ބަސްބަހުން މޮށިއުޅޭ ތަނަކީ ޕަޕުއާ ނިއު ގިނީއެވެ.

ޕަޕުއާ ނިއު ގިނީގައި ތަފާތު 1000 އެއް ހައި ސަގާފީ ގުރޫޕު ދިރިއުޅޭ ކަމަށް ބެލިފައިވެއެވެ. ޕަޕުއާ ނިއު ގިނީ އަކީ ސަގާފީ ގޮތުން އެތަކެއް ތަފާތު ހުރި، އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ތަނެއް ކަމުން، މި ތަނަކީ ދުނިޔޭގައި އެންމެ ބޮޑަށް ސަގާފީ މުއްސަނދިކަން ލިބިފައިވާ އެއް ތަނުގެ ގޮތުގައި ބެލެވިފައިވެއެވެ.

ޕަޕުއާ ނިއު ގިނީ އަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. އެހެން ނަމަވެސް ޤައުމުގެ ހިންގުމުގެ ކަންތައް ދޯހަޅިވުމުގެ ސަބަބުން އެކަމުގެ އަސަރުވަނީ އިޤްތިޞާދަށް ކޮށްފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2108 ޑޮލަރެވެ.




#Article 361: ނިކަރާގުއާ (358 words)


ނިކަރާގުއާ އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުުމެކެވެ. 

ނިކަރާގުއާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން މިސްކިޓޯ ބަހާއި އިނގިރޭސި ބަސް ވެސް ރަސްމީ ދަރަޖައިގައި ބޭނުންކުރެވެއެވެ. 
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނިކަރާގުއަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަނަގުއާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 107 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. މިއީ 6 މިލިޔަނަށް ވުރެ އާބާދީ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ.
ބިމުގެ ބޮޑުމިނަކީ 130373 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ni. އެވެ. ކޯލިން ކޯޑަކީ +505 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮރްދޯބާއެވެ.

ނިކަރާގުއާގެ ނަމުގެ އަޞްލާ މެދު މިހާތަނަށް ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މީގެ ތެރެއިން އެއް ނަޒަރިއްޔާއަކީ ސްޕޭނު މީހުން މި ސަރަޙައްދަށް އައި އިރު މި ތަނުގެ ވެރިއަކަށް ހުރި ނިކަރާއޯއަށް ނިސްބަތްކޮށް އިސްޕޭނު މީހުން ދިން ނަމެއް ކަމަށް ބުނާ ނަޒަރިއްޔާއެވެ.
ދެވަނަ ނަޒަރިއްޔާއަކީ “ވަށައިގެން ފެންގަނޑު އޮންނަ” މި މާނައެވެ. އެހެނީ “އަގުއާ” އަކީ އިސްޕޭނު ބަހުން ފެނަށް ކިޔާ ނަމެކެވެ.

ނިކަރާގުއާގެ އުތުރުގައި އޮތީ ހޮންޑިއުރަސްއެވެ. ދެކުނުގައި އޮތީ ކޮސްޓަރީކާއެވެ. މި ގައުމުގެ ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. އިރުމަތީގައި އޮތީ ކެރީބިޔަން ކަނޑެވެ.

ނިކަރާގުއާގެ ޤަދީމީ ތާރީޚަށް ބަލާ ކަމުގައިވާނަމަ، މި ޤައުމަކީ ވެސް ޤަދީމީ ޒަމާނުގައި އެމެރިންޑިޔަނުން އުފަލާއެކު ދިރިއުޅެމުން ދިޔަ އެމީހުންގެ ވަޒަނެއްކަން އެނގިގެންދާނެއެވެ. 
ޕިޕިލް ނަސްލުގެ މީހުން ސެންޓްރަލް މެކްސިކޯއިން ހިޖުރަކޮށްފައިވަނީ މީލާދީން 500 ވަނަ އަހަރުގެ ފަހުންނެވެ. މީލާދީން 15 ވަނަ ޤަރުނު ނިމުނު އިރުގައި މިސަރަޙައްދުގައި ވަޒަންވެރިވެގެން ތިބީ އެމެރިންޑިޔަން ދަރިކޮޅުތަކުގެ މީހުންނެވެ.
މީގެ ތެރޭގައި ގިނައީ ކުދިކުދި މަމްލަކާތައް ހަދައިގެން ތިބި ދަނޑުވެރީންނެވެ. ނިކަރާގުއާގެ ޕެސިފިކް އައްސޭރީގައި މި މީހުން ތިބި އިރުގައި، ކެރީބިޔަން އައްސޭރީގައި ތިބީ ޗިބްޗާއިންނާ ގުޅުން ހުރި ޖަމާޢަތްތަކެވެ.
މި މީހުންނަކީ މިއަދުގެ ކޮލަންބިޔާ ސަރަޙައްދުން މި ސަރަޙައްދަށް ހިޖުރަކޮށްފައިވާ ބައެކެވެ. އެމީހުން ދިރިއުޅެފައިވަނީ ޝިކާރަކޮށްގެން އުޅުމުގެ ވައްޓަފާޅިޔަށެވެ. 
ނިކަރާގުއާގެ އިރުމަތީ އައްސޭރީގައި ތިބި މީހުންނަކީ އާއްމުކޮށް ކެރީބިޔަން ސަރަޙައްދުގެ ޖަޒީރާ ރަށްތަކަށް ނިސްބަތްވާ މީހުންނާ އެކު ވަރަށް ބޮޑަށް ވިޔަފާރީގެ ގުޅުން ބެހެއްޓި ބައެއްކަމަށް ފެނެއެވެ.
އެހެން ކަމުން ސަގާފަތުގެ ގޮތުންނާއި ގެދޮރު އެޅުމާއި ދިރިއުޅުމުގެ ގޮތުން ވަރަށް ބޮޑު އެއް ގޮތް ކަމެއް މި ދެބައިމީހުންގެ ދެމެދުގައި ހުއްޓެވެ. 
ނިކަރާގުއާގެ މެދުތެރޭގައި ދިރިއުޅުނު މީހުންނަކީ ޗޮރޮޓޭގާ ދަރިކޮޅުގެ މީހުންނެވެ. މި މީހުން ވަނީ އެ ޤައުމަށް އައިސް ވެރިވެގަތް ސްޕޭނު މީހުންނާ ކައިވެނީގެ ގޮތުން ވަރަށް ގަދައަށް ގުޅި މިއަދު މެސްޓިޒޯއިންގެ ގޮތުގައި ތިބި ނަސްލު އުފަންވުމުގެ ސަބަބަކަށް ވެފައެވެ.

ނިކަރާގުއާގެ އާބާދީގެ 69% އަކީ މެސްޓިޒޯއިންނެވެ. 17% މީހުންނަކީ ދޮން މީހުންނެވެ. 5% އަކީ އެމެރިންޑިޔަނުންނެވެ. 9.0% އަކީ ކަޅު މީހުންނެވެ. 

ނިކަރާގުއާގެ ސަގާފަތަކީ މިއުޒިކާއި އާދަކާދަ އާއި ދީނީ އާދަތައް އެކުލެވިގެންވާ ސަގާފަތެކެވެ. ޔޫރަޕުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވިޔަސް އެމެރިންޑިޔަން ސަގާފަތުގެ ރަހަތަކާއި ކުލަތަކުން މި ސަގާފަތްވަނީ ވަރަށް ބޮޑަށް ޒީނަތްތެރިވެފައެވެ.

ނިކަރާގުއާއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެކެވެ. އެ ޤައުމުގެ އެކްސްޕޯޓްގެ 60% ޙިއްޞާ ކުރާ މި ޞިނާޢަތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 300 މިލިޔަނަށް ވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެއެވެ. 




#Article 362: ސުލޮވާކިއާ (317 words)


ސްލޮވާކިޔާއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބިންބަންދު ޤައުމެކެވެ.

ސްލޮވާކިޔާގެ ރަސްމީ ބަހަކީ ސްލޮވެކް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސްލޮވެކްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްރަތިސްލާވާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 111 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 49035 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sk. އެވެ. ކޯލިން ކޯޑަކީ +421 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ސްލޮވާކިޔާގެ މާނައަކީ ސްލާވް ދަރިކޮޅުގެ މީހުންގެ ވަޒަނެވެ. މި ޤައުމަށް ރަސްމީ ގޮތުން ކިޔާ ނަމަކީ ދަ ސްލޮވެކް ރިޕަބްލިކެވެ.

ސްލޮވާކިޔާގެ ހުޅަނގުގައި އޮތީ ޗެކް ރިޕަބްލިކާއި އޮސްޓްރިޔާއެވެ. އުތުރުގައި އޮތީ ޕޮލޭންޑެވެ. އިރުމަތީގައި އޮތީ ޔުކްރެއިނެވެ. ދެކުނުގައި އޮތީ ހަންގޭރީއެވެ. 

ސްލޮވާކިޔާގެ އާސާރުތަކަށް ބަލާއިރުގައި އެ ޤައުމުގައި އިންސާނުންގެ އާބާދީއެއް މީގެ އެތައް އަހަރެއް ކުރީން ވެސް ދިރިއުޅެފައިވާކަން ސާބިތުވެއެވެ.
އާކިއޮލޮޖިސްޓުން ވަނީ ޤަދީމީ ޒަމާނުގެ އިންސާނުންގެ ކަށިތައް ވެސް މި ޤައުމުން ހޯދާފައެވެ. ޢީސާއީ މީލާދުގެ 500 އަހަރު ކުރީން މި ސަރަޙައްދުގައި ދިރިއުޅެފައިވަނީ ސެލްތުންނެވެ. 
މިހާރުގެ ސްލޮވާކިޔާ ސަރަޙައްދުގައި ސްލެވިކް ޤަބީލާތަކުގެ މީހުން ވަޒަންވެރި ވެފައިވަނީ މީލާދީން ފަސްވަނަ ޤަރުނު ހާ ތާނގައެވެ. 
މީލާދީން 7 ވަނަ ޤަރުނުގެ ސާމޯ އެމްޕަޔަރގެ މައި މަރުކަޒެއް ކަމުގައި އޮތީ މިހާރުގެ ސްލޮވާކިޔާގެ ހުޅަނގު ބިތެވެ. 
ސްލެވިކް ދައުލަތެއްގެ ގޮތުގައި ޕްރިންސިޕަލިޓީ އޮފް ނި^ްރާ 8 ވަނަ ޤަރުނުގައި ޤާއިމުވިއެވެ.
އަދި މި ދައުލަތުގެ ވެރިޔާ ކަމުގައިވާ ޕްރިބީނާގެ ނަޞާރާ ފައްޅިއަކީ އެންމެ ފުރަތަމަ ސްލޮވާކިޔާ ސަރަޙައްދުގައި ތާރީޚުން އެނގެން ހުރި ފުރަތަމަ ފައްޅިއެވެ.
މީލާދީން 830 ވަނަ އަހަރުން ފެށިގެން 896 ވަނަ އަހަރާ ހަމަޔަށް ފެނިގެން ދިޔައީ ގްރޭޓް މޮރާވިޔާގެ ދުވަސްވަރެވެ. 
ޗެކްސްލޮވާކިޔާގައި އޮތް ކޮމިއުނިސްޓް ވެރިކަން 1989 ވަނަ އަހަރު ނިމުމަކަށް އައުމަށް ފަހުގައި ޗެކް ރިޕަބްލިކާއި ސްލޮވާކިޔާ އޮތީ ފެޑެރޭޝަނެއްގެ ގޮތުގައެވެ. މި ގޮތުން ހިނގަމުން އައި ވެރިކަން ނިމުމަކަށް އައީ “ވެލްވެޓްގެ ވަރިވުމުން”ނެވެ. 
ސްލޮވާކިޔާއަށް ހަންގޭރީ-އޮސްޓްރިޔާގެ ކިބައިން މިނިވަންކަން ލިބުނީ އޮކްޓޯބަރު 28، 1918 ގައެވެ. ޗެކްސްލޮވާކިޔާއިން ވަކިވެ އެ ޤައުމުގެ ދާއިރާ ހަނިވެގެން ދިޔައީ 1 ޖަނަވަރީ 1993 ގައެވެ. ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމުގެ ސަބަބުން ބޮޑު މިނިވަންކަމެއް ލިބިގެން ދިޔައީ 1 މެއި 2004 ގައެވެ.

ސްލޮވާކިޔާގެ އާބާދީގެ 85.8% މީހުންނަކީ ސްލޮވެކް ނަސްލުގެ މީހުންނެވެ. 9.5% މީހުންނަކީ ހަންގޭރީ ދަރިކޮޅުގެ މީހުންނެވެ. 1.9% މީހުންނަކީ ރޯމާ ނުވަތަ ޖިޕްސީންނެވެ. 2.8% މީހުންނަކީ އެހެނިހެން މައިނޯރިޓީ ގުރޫޕްތަކެވެ.

ސްލޮވާކިޔާއަކީ ފަންނުވެރިންގެ ގައުމެކެވެ. މެދު ޒަމާނުގައި ސްލޮވާކިޔާގެ ފަންނުވެރިކަން ވަރަށް ބޮޑަށް ކުރި އަރައިގެން ދިޔައެވެ. މީލާދީން 18 ވަނަ ޤަރުނާއި 19 ވަނަ ޤަރުނު ވެގެން ދިޔައީ ސްލޮވެކް ބަހަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަ ދުވަސްވަރަކަށެވެ. 
އެހެން ގޮތް ގޮތުން ބަލާއިރުގައި ސްލޮވާކިޔާގެ ސަގާފަތާއި އަވަށްޓެރި ޤައުމުތަކުގެ ސަގާފަތާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. 




#Article 363: ކިރިގިސްތާން (349 words)


ކިރްގިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.

ކިރްގިސްތާނުގެ ރަސްމީ ބަހަކީ ރޫސީ ބަހެވެ. ދައުލަތުގެ ބަހަކީ ކިރްގިޒް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކިރްގިޒް ނުވަތަ ކިރްގިސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބިޝްކެކެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 110 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 199900 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kg. އެވެ. ކޯލިން ކޯޑަކީ +996 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޮމްއެވެ.

ކިރްގިސްތާނުގެ ނަން ނިސްބަތްވަނީ އެ^ްނޯނިމް “ކިރްގިޒް” އަށެވެ. ކިރްގިސްތާނުގެ މާނައަކީ ކިރްގިޒް މީހުންގެ ބިމެވެ. “ކިރްގިޒް” މި ބަހުގެ މާނައަކީ “ސާޅީސް އަންހެން ކުދިން” ނުވަތަ “ސާޅީސް ޤަބީލާ” އެވެ. 
މިިއީ ވާހަކަތަކުގެ ބަޠަލެއް ކަމުގައިވާ “މަނަސް” ޚިތާނީންނާ ދެކޮޅަށް އެއްކުރެއްވި ކަމަށް ބުނާ ސާޅީސް ޤަބީލާއަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ. 
ކިރްގިސްތާނުގެ ދިދައިގައިވާ އިރުގައި ސާޅީސް ދޯދި ލާފައިވަނީ ވެސް މަނަސްގެ މި ސާޅީސް ޤަބީލާ ރަމްޒުކޮށް ދިނުމުގެ ގޮތުންނެވެ.

ކިރްގިސްތާނުގެ އުތުރުގައި އޮތީ ކަޒަކިސްތާނެވެ. ހުޅަނގުގައި އޮތީ އުޒްބެކިސްތާނެވެ. ހުޅަނގު ދެކުނުގައި އޮތީ ތަޖިކިސްތާނެވެ. އިރުމަތީގައި އޮތީ ޗައިނާއެވެ.

ކިރްގިސްތާނުގެ ދައުލަތް އެންމެ ބޮޑަށް ފުޅާވެގެން ގޮސްފައިވަނީ މީލާދީން 840 ހާ ތާގައި ޚާނޭތުން ބަލިކުރުމަށް ފަހުގައެވެ.
ދެން އެމީހުން ޖެހިލީ ޗައިނާއާ ވީ ފަރާތަށެވެ. މި ގޮތުން ތިއާން ޝާންގައި 200 ވަރަކަށް އަހަރު އެމީހުން ވެރިކަން ކޮށްފައިވެއެވެ. 
އެހެން ނަމަވެސް 12 ވަނަ ޤަރުނުގައި ކިރްގިޒް މީހުންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު ކުޑަ ވެގެން ދިޔައެވެ. މޮންގޯލުން ކުރިއަރަން ފެށުމާއެކު 13 ވަނަ ޤަރުނުގައި ކިރްގިޒް ނަސްލުގެ މީހުން ދެކުނަށް ޖެހުނެވެ. 
ކިރްގިޒް ނަސްލުގެ މީހުންގެ މައްޗަށް ގެންގީޒް ޚާން ފަތަޙަ ހޯދާފައިވަނީ މީލާދީން 1207 ވަނަ އަހަރުގައެވެ. 
ސީނުކަރައިގެ ކުރީގެ ލިޔުންތަކާއި އެހިސާބުގެ މުސްލިމުންގެ ލިޔުންތަކުން ފެންނަ ގޮތުގައި ކިރްގިޒް ނަސްލުގެ މީހުންގެ ބޮލުގެ އިސްތަށީގެ ކުލައަކީ ރަތް ކުލައެވެ. ގައިގައި ހުންނަނީ ހުދު ދޮން ކުލައެވެ. ލޮލުގެ ކަޅީގައި ހުންނަނީ ނޫ ކުލައެވެ. މިއީ މީލާދީން 7 ވަނަ ޤަރުނާއި 12 ވަނަ ޤަރުނާ ދެމެދު ކިރްގިޒް ނަސްލުގެ މީހުން ސިފަކޮށްފައިވާ ގޮތެވެ. 
އެެހެން ކަމުން އެމީހުންނަކީ ސްލެވިކް ނަސްލެއްގެ ބައެއްކަމަށް ޤަބޫލުކުރެވިދާނެއެވެ. މިއަދު ކިރްގިޒް މީހުންގެ ސިފައަށް ބަލާއިރުގައި ފެންނާނީ މެދުތެރޭ އޭޝިޔާ އާއި ހުޅަނގު ދެކުނު އޭޝިޔާ އަދި އިރުމަތީ އޭޝިޔާގެ މީހުން މަސްހުނިވެފައިވާ ނަސްލެއްގެ ގޮތުގައެވެ.
ރަޝިޔާގެ ބައެއްގެ ގޮތުގައި މިއަދުގެ ކިރްގިސްތާންގެ ސަރަޙައްދު ހަމަޖެހިގެން ދިޔައީ މީލާދީން 1876 ވަނަ އަހަރުގައެވެ. މެދުތެރޭ އޭޝިޔާގައި ރަޝިޔާއާ ދެކޮޅަށް ހިނގި ޙަރަކާތްތައް ފުނޑުފުނޑުކޮށްލުމުގެ ގޮތުން ރަޝިޔާއިން ހިންގި ޢަމަލުތަކުގެ ސަބަބުން 1916 ވަނަ އަހަރު ވަރަށް ގިނަ ބަޔަކު ޗައިނާއަށް ހިޖުރަކުރިއެވެ.
ކިރްގިސްތާން ރަޝިޔާގެ ކިބައިން މިނިވަންކަން އިޢުލާންކޮށްފައިވަނީ 31 އޯގަސްޓު 1991 ގައެވެ. ފުރިހަމަ މިނިވަންކަމެއް ލިބުނީ 25 ޑިސެންބަރު 1991 ގައެވެ.

ކިރްގިސްތާނުގެ އާބާދީގެ 68.9% މީހުންނަކީ ކިރްގިޒް ނަސްލުގެ މީހުންނެވެ. 14.4% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 9.1% މީހުންނަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. 7.6% އަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ.

ކިރްގިސްތާނުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެކައްޗަކީ އެޕިކް ޕޮއެމެއް ކަމުގައިވާ މަނަސް އެވެ. 




#Article 364: ފިންލޭންޑު (442 words)


ފިންލޭންޑަކީ އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ފިންލޭންޑުގެ ރަސްމީ ބަހަކީ ފިނިޝް ބަހާއި ސްވެޑިޝް ބަހެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އެއްބަހަކީ ސާމީ ބަހެވެ. ސާމީ ބަހަކީ ވެސް ރަސްމީ ގޮތުން ޤަބޫލުކުރެވިފައި އޮންނަ ބަހެކެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ފިންސް ނުވަތަ ފިނިޝްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހެލްސިންކީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 112 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 338424 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ fi., .ax އެވެ. ކޯލިން ކޯޑަކީ +358 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ސުއޯމީ (ފިނިޝް ބަހުން ފިންލޭންޑަށް ކިޔާ ނަން) މި ބަހުގެ އަޞްލާ މެދުގައި މުޅީން ޔަޤީން ނަޒަރިއްޔާއެއް ނެތެވެ. މިއީ ޕްރޮޓޯ-ބަލްތިކް ބަހުން ކިޔާ “ޒީމް” މި ބަހުން ނެގިފައިވާ ބަހެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ މި ބަހުގެ މާނައަކީ ބިމެވެ.
ފިންލޭންޑް މި ބަހަށް ބަލާއިރުގައި ސްކެންޑިނޭވިޔާގެ ރަށްތަކުގެ ނަންތަކާ ގުޅުމެއް ހުރި ކަމަށް ފެނެއެވެ. އެއީ ފިންމާކް ކަހަލަ ނަންނަމަކީ ސްކެންޑިނޭވިޔާގެ ރަށްތަކަށް ކިޔާފައިވާ ނަންނަން ކަމުގައިވާތީއެވެ.
ޖުޣުރާފީ
ފިންލޭންޑުގެ ހުޅަނގުގައި އޮންނަނީ ސްވިޑްންއެވެ. އުތުރުގައި އޮންނަނީ ނޯވޭއެވެ. އިރުމަތީގައި އޮންނަނީ ރަޝިޔާއެވެ. ގަލްފް އޮފް ފިންލޭންޑް ހުރަސްކޮށް ދެކުނުގައި އޮންނަނީ އެސްޓޯނިޔާއެވެ. 

ފިންލޭންޑު ކުރީން އޮތީ ރަޝިޔާގެ އެމްޕެއަރގެ ދަށުގައެވެ. ފުރަތަމަ ޒާތީ މިނިވަންކަމެއް ލިބުނީ 29 މާރިޗު 1809 ގައެވެ. މިނިވަންކަން އިޢުލާންކުރީ 6 ޑިސެންބަރު 1917 ގައެވެ. މިނިވަން ޤައުމެއް ގޮތުގައި ބަލައިގަނެވުނީ 4 ޖަނަވަރީ 1918 ގައެވެ. ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 ޖަނަވަރީ 1995 ގައެވެ.

ފިންލޭންޑުގެ އާބާދީގެ 2.5% ފިޔަވައި އެހެން އެންމެންނަކީ ވެސް ފިނިޝް ނަސްލަށް ނިސްބަތްވާ މީހުންނެވެ.

ފިންލޭންޑްގެ ސަގާފަތާ މެދު ދުނިޔޭގެ ގިނަ ލިޔުންތެރީން ބުނަނީ ޤައުމެއްގެ ސަގާފަތުގެ ހުރިހައި ވެސް އެއްޗަކީ ތަޢުލީމާއި އުނގެނުމާއި ހޭލުންތެރިކަން ކަމަށް ބަލައިގެން މަސައްކަތްކުރާ ސަގާފަތެއް އޮތް ޤައުމެއް ދުނިޔޭގައި އޮތް ނަމަ އެ ޤައުމަކީ ފިންލޭންޑް ކަމުގައެވެ.
ވޯލްޑް ޑިމޮކްރަސީ އޯޑިޓުން ޤައުމުތަކަށް ރަނގަޅު ކަމުގެ ވަނަ ދިން އިރުގައި ފިންލޭންޑަށް ދީފައިވަނީ އެއްވަނައެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ޤައުމުތަކުގެ ކޮރަޕްޝަން ކުޑަކަމަށް ބަލައިގެން ހެދި ލިސްޓުގައި ވަރަށް ފުރިހަމަ އެއްވަނައެއް ހޯދާފައިވަނީ ފިންލޭންޑުންނެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ދުނިޔޭގެ ނޫސްވެރިިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓް އެކުލަވާލި އިރުގައި މި ލިސްޓުގެ ވެސް އެއްވަނައިގައި އޮތީ ފިންލޭންޑެވެ. ޓެކްނޮލޮޖީ ޙާޞިލްކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ނޭޝަން މާސްޓަރއިން އެކުލަވާލި ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ ފިންލޭންޑް ފިޔަވައި އެހެން ޤައުމެއް ނޫނެވެ.
އިންސާނީ ތަރައްޤީ ކަނޑައެޅުމުގައި ގެންގުޅެވޭ މިންގަނޑުތަކަށް ބަލާއިރު:
ދުނިޔޭގައި އެންމެ ރަނގަޅު ތަޢުލީމީ ނިޒާމެއް އޮތް ޤައުމުތަކުގެ ލިސްޓްގެ އެއްވަނައިގައި ހަތަރު ޤައުމެއް އޮތް އިރު އޭގެ ތެރެއިން އެއް ޤައުމަކީ ފިންލޭންޑެވެ. އެއްވަނައިގައި އޮތް އަނެއް ތިން ޤައުމަކީ އޮސްޓްރޭލިޔާ އާއި ޑެންމާކާއި ނިއުޒިލޭންޑެވެ.
ކުދި ޤައުމުތަކުގެ ތެރެއިން އައު އީޖާދުތަކުގައި އެންމެ ކުރީގައި އުޅޭ ލިސްޓްގައި ފިންލޭންޑަށް ލިބިފައިވަނީ ހަތްވަނައެވެ. މިއީ 110 ޤައުމުގެ ތެރެއިންނެވެ. 
ލިޔަންކިޔަން ދަތުމުގެ ޕަސެންޓޭޖަށް ބަލާއިރުގައި ފިންލޭންޑުގެ 99% މީހުން ލިޔަންކިޔަން ދަނެއެވެ. އަމިއްލަ ބޭނުންތަކަށް އަމިއްލަ އުފެއްދުން ބޭނުންކުރުމުގެ ލިސްޓުގައި ވެސް ދުނިޔޭގެ 223 ދައުލަތުގެ ތެރެއިން 7 ވަނައިގައި އޮތީ ފިންލޭންޑެވެ. ދުނިޔޭގައި ރީޑިން ލިޓަރެސީ އެންމެ ރަނގަޅު ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ފިންލޭންޑެވެ. ހިސާބު ޢިލްމުގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ ފިންލޭންޑެވެ. ސައިންސުގެ ޢިލްމުގައި ވެސް އެންމެ ކުރީގައި އޮތް ޤައުމަކީ ހަމަ ފިންލޭންޑެވެ. ޕްރޮބްލަމް ސޯލްވިންގ ގައި ވެސް އެއްވަނައިގައި އޮތީ ފިންލޭންޑެވެ.
ފިންލޭންޑު މީހުން ބުނާ ގޮތުގައި އެމީހުންގެ ތަޢުލީމީ ނިޒާމު ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ ބިދޭސީ ބަހަކުން ކިޔެވުމުގެ ބަދަލުގައި މާދަރީ ބަހުން ކިޔެވުމެވެ.

ފިންލޭންޑުގައި އޮންނަނީ ވަރަށް ބޮޑަށް އިންޑަސްޓްރިއަލައިޒް ވެފައިވާ ފްރީ މާކެޓް އިކޮނޮމީއެކެވެ. 
ހުޅަނގުގެ އެންމެ ބޮޑެތި އިޤްތިޞާދުތަކާ ވެސް ފިންލޭންޑުގެ ކުޑަކުޑަ އާބާދީން ދަނީ އިޤްތިޞާދީ މައިދާނުގައި ވަރަށް ރަނގަޅަށް ވާދަ ކުރަމުންނެވެ. 




#Article 365: ތުރުކުމެނިސްތާން (327 words)


ތުރުކުމެނިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

ތުރުކުމެނިސްތާނުގެ ރަސްމީ ބަހަކީ ތުރުކުމަން ބަހެވެ. އެހެން ނަމަވެސް އާއްމު މުވާސަލާތުގައި ބޭނުންކުރަނީ ރަޝިޔާ ބަހެވެ. 
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ތުރުކުމަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަޝްގަބަ^ްއެވެ. ނުވަތަ އަޝްކަބާދްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް އަޝްކަބާދްއެވެ. 
މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޖުމްހޫރިއްޔާއެކެވެ. މި ޤައުމުގައި ޙަރަކާތްތެރި ވަނީ އެންމެ ސިޔާސީ ޕާޓީއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 113 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 488100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tm. އެވެ. ކޯލިން ކޯޑަކީ +993 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަނާތެވެ.

ތުރުކުމެނިސްތާނުގެ މާނައަކީ ތުރުކުމަން ނަސްލުގެ މީހުންގެ ބިމެވެ. ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ތުރުކުމަނިސްތާނެވެ.

ތުރުކުމެނިސްތާނުގެ އިރުދެކުނުގައި އޮތީ އަފްޣާނިސްތާނެވެ. ދެކުނު އަދި ހުޅަނގު ދެކުނުގައި އޮތީ އީރާނެވެ. އިރުމަތީގައި އަދި އިރުއުތުރުގައި އޮތީ އުޒްބެކިސްތާނެވެ. އުތުރާއި ހުޅަނގު އުތުރުގައި އޮތީ ކަޒަކިސްތާނެވެ. ހުޅަނގުގައި އޮތީ ބަންދު ކަނޑެއް ކަމުގައިވާ ކަސްބީ ކަނޑެވެ. 

ތުރުކުމެނިސްތާނަކީ ދިގު އަދި ޤަދީމީ ތާރީޚެއް އޮތް ޤައުމެކެވެ. ޤައުމުގެ ލިޔެވިފައިވާ ތާރީޚަށް ބަލާއިރުގައި އެެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފާރިސީންގެ ވެރިކަމުގައި އެ ސަރަޙައްދުގައި ހިނގާފައިވާ ހާދިސާތަކެވެ.
އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ މީލާދުގެ ކުރީގެ ހަތަރުވަނަ ޤަރުނުގައި މެދުތެރޭ އޭޝިޔާގެ ޤައުމުތައް ފަތަޙަކުރެއްވި ހިނދު، ތުރުކުމެނިސްތާނުގެ ސަރަޙައްދު ވެސް ފަތަޙަކުރައްވާފައެވެ.
މި ދުވަސްވަރަކީ ފަށުވި މަގު ތަޢާރަފްވި ދުވަސްވަރެވެ. މި މަގަކީ މެދުތެރޭ އޭޝިޔާ އަދި ޗައިނާ އާއި މެޑިޓެރޭނިޔަން ސަރަޙައްދު ގުޅުވައިދިން އެންމެ މުހިއްމު މަގެވެ.
އެލެގްޒެންޑަރ ދަ ގްރޭޓްގެ ޒަމާނުގެ 150 އަހަރު ފަހުން އޮތް ފާރިސީ ވެރިކަމުގެ ވެރި ރަށެއްގެ ގޮތުގައި ހަމަޖެއްސި ނީސާއަކީ މިއަދު ތުރުކުމެނިސްތާނުގެ ވެރިރަށް އަޝްކަބާދްގެ ވަށައިގެންވާ ސަރަޙައްދުގެ ތެރޭގައި އޮތް ރަށެކެވެ. 
ސާސާނީންގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް މި ސަރަޙައްދު އޮތީ ފާރިސީންގެ ވެރިކަމުގެ ދަށުގައެވެ. 
މީލާދީން ހަތްވަނަ ޤަރުނުގައި ޢަރަބީން މި ސަރަޙައްދު ފަތަޙަކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތުރުކުމެނިސްތާނުގައި އިސްލާމްދީން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. އަދި ހަމަ އެހެންމެ މެދުއިރުމަތީގެ ސަގާފަތް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.

ތުރުކުމެނިސްތާނުގެ އާބާދީއަށް ބަލާއިރު ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައިވަނީ ތުރުކުމަން ނަސްލުގެ މީހުންނަށެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އުޒްބެކް ނަސްލުގެ މީހުންނާއި ރަޝިޔާ ނަސްލުގެ މީހުން ދިރިއުޅެމުން ގެންދެއެވެ.
ދީނީ ގޮތުން ބަލާއިރުގައި ތުރުކުމެނިސްތާނުގައި އެންމެ ގިނައީ މުސްލިމުންނެވެ. މުސްލިމުންގެ އާބާދީއަކީ 89% އެވެ. 9% މީހުންނަކީ އީސްޓަން އޮތޮޑޮކްސް ޗަރޗަށް ތަބާވާ ރަޝިޔާ ނަސްލުގެ މީހުންނެވެ. އަނެއް 2% މީހުން ތަބާ ވަނީ ކޮން ދީނަކަށް ކަމެއް ފެކްޓް ޝީޓްތަކުގައި ހާމަކޮށްފައެއް ނުވެއެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި މި 2% މީހުންނަކީ އެއްވެސް ދީނަކަށް ތަބާ ނުވާ މީހުންނެވެ.

ޤައުމުގެ ސަގާފަތަށް ބަލާއިރުގައި މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކާއި ތުރުކުމަނިސްތާނަކީ ސަގާފަތުގެ ގޮތުން ވަރަށް ގާތް ޤައުމެކެވެ.
މެދުތެރޭ އޭޝިޔާގެ އެހެން ޤައުމުތަކުން ވެސް ފެންނަ ހެދުމާއި އަޑު އިވޭ މޫސީޤީ ރާގުތައް ތުރުކުމަނިސްތާނުން ވެސް ފެންނާނެއެވެ. އަޑު އިވޭނެއެވެ.




#Article 366: ކުރޮއޭޝިއާ (282 words)


ކްރޮއޭޝިޔާއަކީ މެދުތެރޭ އަދި އިރު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ކްރޮއޭޝިޔާގެ ރަސްމީ ބަހަކީ ކްރޮއޭޝިޔަން ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކްރޯ^ްސް ނުވަތަ ކްރޮއޭޝިޔަންސްއެވެ. 
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޒަގްރެބްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 120 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 56594 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hr. އެވެ. ކޯލިން ކޯޑަކީ +385 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

އިނގިރޭސި ބަހުން މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކްރޮއޭޝިޔާއެވެ. ކްރޮއޭޝިޔަން ބަހުން މި ޤައުމަށް ކިޔަނީ ރިޕަބްލިކާ ހްރްވަ^ްސްކާއެވެ. 

ކްރޮއޭޝިޔާގެ އުތުރުގައި އޮތީ ސްލޮވީނިޔާ އާއި ހަންގޭރީއެވެ. އިރުދެކުނުގައި އޮތީ ބޮސްނިޔާ އެންޑް ހެރްޒެގޮވީނާ އާއި ސާބިޔާއެވެ. އިރުމަތީގައި އޮތީ މޮންޓިނީގްރޯއެވެ.

ކްރޮއޭޝިޔާގެ ގޮތުގައި މިއަދު މި އޮތް ސަރަޙައްދަކީ ވަރަށް ވެސް ކުރީއްސުރެ މީހުން އާބާދުވެފައިވާ ތަނެކެވެ. 
ތާރީޚަށް ބަލާއިރުގައި ޕްރިންސިޕަލިޓީއެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 785 ވަނަ އަހަރުގައެވެ. މިނިވަން ޕްރިންސިޕަލިޓީއެއްގެ ގޮތުގައި 879 މ. ގައެވެ. ރަސްކަމެއް ޤާއިމުވެފައި ވަނީ 925 ގައެވެ. ހަންގޭރީއާ އެކު އިއްތިޙާދުވެފައި ވަނީ 1102 ވަނަ އަހަރުގައެވެ.
ހެބްސްބާރގް އެމްޕަޔަަރއާ ގުޅުނީ 1 ޖަނަވަރީ 1527 ގައެވެ. އޮސްޓްރިޔާ-ހަންގޭރީ އިއްތިޙާދުގެ ދަށުން މިނިވަންވީ 29 އޮކްޓޯބަރު 1918 ގައެވެ. 
ޔޫގޮސްލާވިޔާއާ ގުޅުނީ 29 ނޮވެންބަރު 1943 ގައެވެ. މިނިވަންވުމުގެ ނިންމުން ނިންމާފައިވަނީ 25 ޖޫން 1991 ގައެވެ. 
މިނިވަންކަން އިޢުލާނުކޮށްފައިވަނީ 08 އޮކްޓޯބަރު 1991 ގައެވެ.

ކްރޮއޭޝިޔާގެ އާބާދީގެ 89.6% އަކީ ކްރޮއަ^ް ނަސްލުގެ މީހުންނެވެ. މީގެ އިތުރުން 4.5% ސަރބުންނާއި 5.9% ބޮސްނިއާކް، ހަންގޭރީ، އިޓާލީން، ސްލޮވީނީން، ޖަރުމަނުން، ޗެކުން، ރޯމާނީންގެ މި ޤައުމުގައި ދިރިއުޅެމުން ގެންދެއެވެ.
ކްރޮއޭޝިޔާގެ އާބާދީގެ 88% މީހުންނަކީ ރޯމަން ކެތަލިކް ކްރިސްޓިޔަނުންނެވެ. 4.4% މީހުންނަކީ އޮތޮޑޮކްސް ކްރިސްޓިޔަނުންނެވެ. މުސްލިމުންގެ އިންސައްތައަކީ 1.3% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ 5.2% މީހުން ވެސް ކްރޮއޭޝިޔާގައި އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކްރޮއޭޝިޔާގެ ސަގާފަތަކީ ގާތްގަނޑަކަށް 14 ވަރަކަށް ޤަރުނުވެފައިވާ ސަގާފަތެކެވެ. ވަރަށް ބޮޑަށް މަދަނީ ތަރައްޤީ އާއި އާދަކާދައަށް ކުރިއެރުންތަކެއް ލިބިގެން ދިއުމުގެ ސަބަބުން ކްރޮއޭޝިޔާ ވެފައިވަނީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމަކަށެވެ.
ޔޫރަޕުގެ މުސްލިމުން ދިރިއުޅޭ ޤައުމުތަކަށް ބަލާލާއިރު ކްރޮއޭޝިޔާގެ މުސްލިމުންގެ ޢަދަދު ލައްކައަކަށް ނޭރި ކަމުގައި ވިޔަސް ކްރޮއޭޝިޔާއަކީ މުޅި ދުނިޔެއިން ވެސް ހޮވާލެވޭ ފަދަ އިސްލާމީ ސަގާފަތެއް އޮތް ޤައުމެކެވެ. ކްރޮއޭޝިޔާގެ މުސްލިމުންނަކީ ވަރަށް ދީންވެރި، އަދި އެހައިިމެ ދީލަތި ބައެކެވެ. ވަރަށް ހިތްތިރި، ބޮޑާވެރިކަމުގެ ސިފަ ނެތް، އިޚްލާޞްތެރި ބައެކެވެ.




#Article 367: ކޮސްޓަރީކާ (345 words)


ކޮސްޓަރީކާއަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

ކޮސްޓަރީކާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން މެކަތެލްޔޫ ބަހަކީ ވެސް ބަލައިގަނެވިފައިވާ ބަހެކެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކޮސްޓަރީކަންސްއެވެ. ނުވަތަ ތީކޯސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަން ޖޯސްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ދުސްތޫރީ ޑިމޮކްރަސީއެކެވެ. ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 118 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 51100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cr. އެވެ. ކޯލިން ކޯޑަކީ +506 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮލޯންއެވެ.

މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކޮސްޓަރީކާއެވެ. “ކޮސްޓަރީކާ” މި ނަމުގެ މާނައަކީ ރިޗް ކޯސްޓް ނުވަތަ މުއްސަނދި އައްސޭރިއެވެ. 

ކޮސްޓަރީކާގެ އުތުރުގައި އޮތީ ނިކަރާގުއާއެވެ. އިރުމައްޗާއި ދެކުނުގައި އޮތީ ޕެނަމާއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މާކަނޑެވެ. އިރުމަތީގައި އޮތީ ކެރީބިޔަން ކަނޑެވެ.
ކޮސްޓަރިކާ އަކީ ވަރަށް ތަފާތު ގައުމެކެވެ.

އާސާރީ ހެކިތަކުން ދައްކާ ގޮތުގައި ކޮސްޓަރީކާއަކީ ވަރަށް ކުރީއްސުރެ މީހުން އާބާދުވެފައިވާ ތަނެކެވެ. 
ސްޕޭނު މީހުން މި ޤައުމަށް އައިސްފައި ވަނީ މީލާދީން 16 ވަނަ ޤަރުނުގައެވެ. 
ކޮސްޓަރީކާގެ އަޞްލު ރަށްވެހީންގެ ތެރެއިން އެމީހުންގެ ނަސްލު ދެމެހެއްޓުމަށް ޓަކައި ދިރިތިބީ ވަރަށް މަދުބައެކެވެ. 
ޔޫރަޕު މީހުން މި ބައްރަށް އަލަށް ގެނައި ބަލިތަކަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެންމެ ފުރަތަމަ ޝިކާރައަކަށް ވެގެން ދިޔަ އާބާދީއަކީ ކޮސްޓަރީކާގެ އަޞްލު ރަށްވެހީންގެ އާބާދީއެވެ.
މީގެ ތެރެއިން ގިނަ ބަޔަކު މަރުވެގެން ގޮސްފައިވަނީ ކަށިވިދުރީގެ ސަބަބުންނެވެ. ދެން ތިބި މީހުން މަރުވެފައިވަނީ ސްޕެއިނު މީހުން އެމީހުންނާ ދޭތެރޭ ކަންތައް ކުރި އިހާނާތްތެރި ގޮތްތަކުގެ ސަބަބުންނެވެ.
ޔޫރަޕުގެ މީހަކަށް އެންމެ ފުރަތަމަ ކޮށްޓަރީކާގެ ބިމުގައި ފައި ބީއްސާލި މީހަކީ ކްރިސްޓަފަރ ކޮލަންބަސްއެވެ. އެއީ މީލާދީން 1502 ވަނަ އަހަރުގައެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ 22 ޑިމޮކްރަސީގެ ތެރޭގައި ހިމެނޭ ލެޓިން އެމެރިކާގެ ހަމަ އެކަނި ޤައުމަކީ ކޮސްޓަރީކާއެވެ. 
ކޮސްޓަރީކާއިން ވަނީ އެ ޤައުމުގެ ޢަސްކަރިއްޔާ 1949 ވަނަ އަހަރުން ފެށިގެން ދާއިމީ ގޮތަކަށް އުވާލާފައެވެ. ކޮސްޓަރީކާއިން ވަނީ 2021 ގައި ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަކަށް ވާނީ އެ ޤައުމުކަމަށް 2007 ގައި އިޢުލާންކޮށްފައެވެ. 

ކޮސްޓަރީކާގެ އާބާދީގެ 80% އަކީ ކައުކާސީ ނަސްލުގެ މީހުންނެވެ. 15% އަކީ މެސްޓިޒޯއިންނެވެ. 3% އަކީ ކަޅު މީހުންނެވެ. 1% އަކީ އެމެރިންޑިޔަނުންނެވެ. 1% އަކީ ޗައިނީޒް ނަސްލުގެ މީހުންނެވެ.
ކައުކާސީ ނަސްލަށް ބަލާއިރުގައި، މި ނަސްލުގެ ގިނަ މީހުންނަކީ ސްޕޭނު މަތިކޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. 
މީގެ އިތުރުން އިޓަލީ، ޖަރުމަނު، އިނގިރޭސި، ޑަޗް، ފަރަންސޭސި، އައިރިޝް، ޕޯޗުގީޒު، ލުބުނާނީ، ޕޮލެންޑު މަތިކޮޅުތަކަށް ނިސްބަތްވާ މީހުން ވެސް ކޮސްޓަރީކާގައި މަދެއް ނޫނެވެ.
ކޮސްޓަރީކާގެ އާބާދީގެ އާބާދީގެ 70.5% މީހުންނަކީ ކެތަލިކް ކްރިސްޓިޔަނުންނެވެ. 

ކޮސްޓަރީއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. މެސޯ އެމެރިކަން ސަގާފަތާއި ދެކުނު އެމެރިކާގެ ސަގާފަތް ބައްދަލުވި ނުގުތާއަކީ ކޮސްޓަރީކާއެވެ. 
މި ދެ ސަގާފަތުގެ އިތުރުން ސްޕޭނު މީހުންގެ ސަގާފަތް ވަނީ މިއަދުގެ ކޮސްޓަރީކާގެ މަސްހުނި ސަގާފަތް އެކުލެވިގެން ދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ހެޕީ ޕްލެނެޓް އިންޑެކްސްގެ އެއްވަނައިގައި އޮތް ކޮސްޓަރީކާއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ފެހި ޤައުމެވެ. 




#Article 368: ޖޯޖިޔާ (ޤައުމު) (334 words)


ޖޯޖިޔާއަކީ ޔޫރޭޝިޔާގެ ކައުކަސަސް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

ޖޯޖިޔާގެ ރަސްމީ ބަހަކީ ޖޯޖިޔަން ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޖޯޖިޔަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތިބިލްސީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
ޖޯޖިޔާއަކީ ޔުނިޓަރީ އަދި ސެމި ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 122 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 69700 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ge. އެވެ. ކޯލިން ކޯޑަކީ +995 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޖޯޖިޔަން ލާރިއެވެ.

ޖޯޖިޔާ މީހުން އެމީހުންގެ ނަސްލަށް ކިޔާ ނަމަކީ ކަރް^ްވެލެބީއެވެ. އެމީހުންގެ ޤައުމަށް، އެމީހުންގެ ބަހުން ކިޔަނީ ސަކަރް^ްވެލޯއެވެ. މި ބަހުގެ މާނައަކީ ކަރް^ްވެލެބީންގެ ބިމެވެ. 

މި ޤައުމު އޮންނަނީ އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިޔާ ގުޅޭ މަގާމުގައެވެ. ޖޯޖިޔާގެ ހުޅަނގުގައި އޮތީ ކަޅު ކަނޑެވެ. އުތުރުގައި އޮތީ ރަޝިޔާއެވެ. ދެކުނުގައި އޮތީ ތުރުކީ އާއި އަރްމީނިޔާއެވެ. އިރުމަތީގައި އޮތީ އަޒަރުބައިޖާނެވެ.

ހިލައިގެ ޒަމާނުން ފެށިގެން ވެސް ޖޯޖިޔާގައި މެދުކެނޑުމެއް ނެތި މީހުން ދިރިއުޅެމުން ގެންދެއެވެ. 
ޖޯޖިޔާގެ ޤަދީމީ ފަތްފުށްތަކުން ފެންނަ ގޮތުގައި، ކަރް^ްވެލީ ދަރިކޮޅުގެ މީހުންގެ އެންމެ އިސް ކާފައަކީ ނޫޙުގެފާނުގެ ޔާފިސްގެ މުނިކާފަ ދަރިކަލުން ކަރްތުލޫސްއެވެ.
ރަސްކަމެއްގެ ގޮތުގައި ޖޯޖިޔާގެ ދައުލަތް ޤާއިމުވީ 1008 ވަނަ އަހަރުގައެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޖޯޖިޔާ ޤާއިމުވީ 26 މެއި 1918 ގައެވެ. 
ޖޯޖިޔަން ސޯވިއެޓް ސޯޝަލިސްޓް ޖުމްހޫރިއްޔާ އުފެދުނީ 25 ފެބުރުވަރީ 1921 ގައެވެ. ސޯވިއެޓް ޔޫނިއަންއިން ވަކިވެ އަމިއްލަ މިނިވަންކަން އިޢުލާންކޮށްފައިވަނީ 9 އެޕްރީލު 1991 ގައެވެ. 

ޖޯޖިޔާގެ އާބާދީއަށް ބަލާއިރުގައި ޖޯޖިޔާގެ މައިގަނޑު ނަސްލަށް ނިސްބަތްވާ މީހުންގެ އިންސައްތައަކީ 83.8% އެވެ. 
އާބާދީގެ 6.5% އަކީ އަޒޭރީންނެވެ. 5.7% އަކީ އަރުމީނިޔަނުންނެވެ. 1.5% އަކީ ރަޝިޔަނުންނެވެ. މީގެ އިތުރުން އަބްޚާޒީންނާއި އޮސެޓީން ވެސް މި ޤައުމުގެ ރައްޔިތުންގެ ތެރޭގައި ހިމެނެއެވެ. 
މީގެ އިތުރުން ވެސް އަސީރިޔަނުންނާއި، ޝީޝާނީންނާއި، ޗައިނާ މީހުންނާއި ޔަހޫދީންނާއި، ޔޫނާނީންނާއި ކަބަރްދީންނާއި ކުރުދީންނާއި ތަތާރުންނާއި ތުރުކީންނާއި ޔުކްރޭނިޔަނުން ވެސް ޖޯޖިޔާގައި ދިރިއުޅެމުން ގެންދެއެވެ.
ޖޯޖިޔާގެ ޔަހޫދީ ސަމާޖަކީ މުޅި ދުނިޔެއަށް ބަލާއިރުގައި ވެސް އެންމެ ދުވަސްވީ އެއް ޔަހޫދީ ސަމާޖެވެ. 
ޤައުމުގެ އާބާދީގެ 80% މީހުން ވާހަކަ ދައްކަނީ ޖޯޖިޔަން ބަހުންނެވެ. ރަޝިޔަން ބަހުން ވާހަކަ ދައްކަނީ 7% މީހުންނެވެ. އަރްމީނިޔަން ބަހުން ވާހަކަ ދައްކަނީ 6% މީހުންނެވެ. 
ޖޯޖިޔާގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތަކީ 100% އެވެ. އެހެން ކަމުން މި ޤައުމުގެ އާބާދީގައި 18 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ މީހަކަށް ލިޔަންކިޔަން އެނގެއެވެ. 

ޖޯޖިޔާގެ ސަގާފަތު ގުޅިފައިވަނީ ކައުކަސަސް ސަރަޙައްދުގެ ޤައުމުތަކުގެ ސަގާފަތްތަކާއެވެ. މި ސަގާފަތްތައް އެކުލެވިގެން ގޮސްފައިވަނީ އެތައް ހާސް އަހަރަކުންނެވެ. 

ޖޯޖިޔާއަކީ ޤަދީމީ ޒަމާނުއްސުރެ ވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާ އެކު ވިޔަފާރިކުރި ޤައުމެއްކަން އާސާރީ ހޯދުންތަކުން ދައްކައެވެ. އެއީ ކަޅު ކަނޑާ އެ ޤައުމު ގުޅިފައިވުމާއި ތާރީޚީ ފަށުވި މަގުގެ ސަބަބުންނެވެ.
ޖޯޖިޔާ އަކީ ރަނާއި ރިއްސާއި ލޮއިގެ އިތުރުން ދަގަނޑު ވެސް ނަގާ ޤައުމެކެވެ. މިއަދު ޖޯޖިޔާގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުންދަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމެވެ. 




#Article 369: އެކުވެރި ޢަރަބި އިމާރާތު (401 words)


އެކުވެރި ޢަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އަކީ ހަތް އިމާރާތުގެ މައްޗަށް ބިނާވެގެންވާ ފެޑެރަލް ދައުލަތެކެވެ.

އެކުވެރި ޢަރަބި އިމާރާތުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އެމިރާޓީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދުބާއީއެވެ. މި ޤައުމުގެ ވެރިރަށަކީ އަބޫދާބީއެވެ. މިއީ ފެޑެރަލް ދުސްތޫރީ ރަސްކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 117 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 83600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ae. އެވެ. ކޯލިން ކޯޑަކީ +971 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫ.އޭ.އީ ދިރްހަމްއެHans Olo Wichtig

އިނގިރޭސި ބަހުން މި ޤައުމުގެ ނަމަކަށް ކިޔަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްއެވެ. ޢަރަބި ބަހުން ކިޔަނީ ދައުލަތުލް އިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާއެވެ. 

އެކުވެރި ޢަރަބި އިމާރާތް އޮންނަނީ ޚަލީޖު ފާރިސްގައި އޮންނަ އަރަބި ބިންދުލުގެ އިރުދެކުގައެވެ. އެހެން ކަމާއެކު މިއީ ހުލަނގު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
މި ޤައުމުގެ ހުޅަނގު ފަޅީގައި އޮތީ ސަޢުދީ އަރަބިއްޔާއެވެ. އިރުމަތީ ފަޅީގައި އޮތީ އުމާނެވެ. އުތުރުގައި އޮތީ ޚަލީޖު ފާރިސެވެ.

އާސާރޯ ހޯދުންތަކުން ދައްކާ ގޮތުގައި މި ޤައުމުގައި މީހުން ދިރިއުޅެން ފަށާފައިވަނީ ޢީސާއީ މީލާދުގެ 5500 އަހަރު ކުރީންނެވެ. 
އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 2 ޑިސެންބަރު 1971 ގައެވެ.

މި ޤައުމުގެ އާބާދީއަށް ބަލާއިރުގައި، ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ އިމާރާތީންނަކީ އާބާދީގެ އެންމެ 20% މީހުންނެވެ. އެހެން ކަމުން އެކުވެރި ޢަރަބި އިމާރާތުގެ އާބާދީގެ 80% މީހުންނަކީ ބިދޭސީންނެވެ.
ދުނިޔޭގައި އެންމެ ގިނަ މީހުން ހިޖުރަކުރާ ޤައުމަކީ ވެސް މިއީއެވެ. އާބާދީގެ 23% އަކީ އިމާރާތަށް ނިސްބަތް ނުވާ ޢަރަބީންނާއި އީރާނީންނެވެ. ޤައުމުގެ އާބާދީގެ 50% މީހުންނަކީ ދެކުނު އޭޝިޔާ މީހުންނެވެ. މީގެ ތެރެއިން 1.75 މިލިޔަން މީހުންނަކީ އިންޑިޔާ މީހުންނެވެ. 1.25 މިލިޔަން ޕާކިސްތާނީންނާއި 0.5 މިލިޔަން ބަންގާޅީން ވެސް ޔޫ.އޭ.އީގައި ދިރިއުޅެމުންދެއެވެ. ޔޫރަޕުގެ ވެސް 0.5 މިލިޔަން މީހުން ދިރިއުޅެމުން ދާއިރު އޭޝިޔާގެ އެހެން ޤައުމުތަކަށް ނިސްބަތްވާ 1 މިލިޔަން މީހުން މި ޤައުމުގައި ދިރިއުޅެއެވެ.

ސަގާފަތަށް ބަލާއިރުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަގާފަތަކީ ވަރަށް ބޮޑަށް މަސްހުނިވެފައިވާ ސަގާފަތެކެވެ. 
މި ގޮތުން އެ ޤައުމުގައި ވަޒަންވެރިވެފައިވާ އީރާނީންނާއި އިންޑިޔާ މީހުންނާއި ޕާކިސްތާނު މީހުންވަނީ އެމީހުންނާއެކު އެ ޤައުމުތަކުގެ ސަގާފަތް ގެނެސްފައެވެ. ހަމަ އެހެންމެ ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ ޢަރަބީންގެ ސަގާފަތް ވެސް ފާހަގަކޮށްލެވެއެވެ.

ޖީ.ޑީ.ޕީ ޕަރކެޕިޓާއަށް ބަލާއިރުގައި އެކުވެރި ޢަރަބި އިމާރާތަކީ ދުނިޔެއިން 14 ވަނަ ޤައުމެވެ. މެދުއިރުމައްޗަށް ބަލާއިރުގައި 3 ވަނަ ޤައުމެވެ. އެއީ ޤަޠަރާއި ކުވައިތަށް ފަހުގައެވެ. 
ޕެޓްރޯލިއަމާއި ޤުދުރަތީ ގޭސް އެކްސްޕޯޓްކޮސްގެން ޤައުމުގެ އިޤްތިޞާދަށް ވަރަށް ރަނގަޅު އެއްޗެއް ލިބެއެވެ. ޚާއްޞަގޮތެއްގައި އަބޫދާބީއަށް މި ވިޔަފާރީން ރަނގަޅު އެއްޗެއް ލިބޭކަން ފާހަގަކުރެވެއެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ އުސް ޢިމާރާތް ކަމުގައިވާ ބުރުޖު ޚަލީފާ ހުރީ ދުބާއީގައެވެ. ދުބާއީގެ ވޯލްޑް ސެންޓްރަލް އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވުމުން އެ ވެގެންދާނީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް ބިނާކުރެވުނު އެންމެ އަގުބޮޑު ވައިގެ ބަނދަރަށެވެ.
އަދި އެ ޤައުމުގައި ހަދާފައިވާ ތިން ޕާލްމް އައިލެންޑަކީ މުޅި ދުނިޔޭގައި ވެސް އާޓިފިޝަލް ޖަޒީރާތަކެއްގެ ގޮތުގައި އޮތް އެންމެ ބޮޑު ޖަޒީރާތަކެވެ. ދުބާއީ މޯލްއަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑު ޝޮޕިންގ މޯލްއެވެ. “ދަ ވޯލްޑް” ގެ ނަމުގައި ހަދާފައިވާ ޖަޒީރާއަކީ އެ ޤައުމުގައި ކުރިއަރަމުންދާ ފަތުރުވެރިކަމަށް އިތުރު ބާރެއް ލިބިގެންދާނެ ތަނެކެވެ. ޑިޒްނީ ވޯލްޑާ ވާދަކުރުމުގެ ގޮތުން ހަދާ ދުބާއީލޭންޑަކީ ވެސް ފާހަގަކުރެވޭ ތަނެކެވެ. ދުބާއީ ސްޕޯޓްސް ސިޓީއަކީ މުސްތަޤްބަލުގައި މުޅި ދުނިޔޭގައި ވެސް ކުޅިވަރުގައި އެންމެ ނަގާކިޔާ އެއް ތަނަށް ވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ މެޑިކަލް ސިޓީއަކީ ވެސް ފާހަގަކުރެވޭ ތަނެކެވެ.




#Article 370: އެރިތުރިއާ (309 words)


އެރިތުރިއާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އެރިތުރިއާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި އަރަބި ބަހާއި ތިގްރިންޔާ ބަހެވެ.  
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އެރި^ްރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަސްމާރާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ.
މިއީ ޕްރޮވިޝަނަލް ސަރުކާރެއް އޮންނަ ތަނެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 114 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 117600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ er. އެވެ. ކޯލިން ކޯޑަކީ +291 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނަކްފާއެވެ.

އެރިތުރިއާގެ ރަސްމީ ނަމަކީ ސްޓޭޓް އޮފް އެރި^ްރިޔާއެވެ. 

އެރިތުރިޔާގެ ހުޅަނގުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ އިތިޔޯޕިޔާއެވެ. އިރު ދެކުނުގައި އޮތީ ޖިބުތީއެވެ. މި ޤައުމުގެ އިރުމައްޗާއި އުތުރުގައި ދިގު އައްސޭރި ފަށެއް އެެބައޮތެވެ. 
ރަތްކަނޑުގެ އަނެއް ފަރާތުން އޮތީ ސަޢުދީ ޢަރަބިއްޔާ އާއި ޔަމަނެވެ.

އެރިތުރިއާގެ ތާރީޚުގައި އެންމެ މުހިއްމު ދައުރެއް ކުޅެފައިވަނީ އެ ޤައުމުގެ އައްސޭރިއެވެ. ރަތް ކަނޑަށް ހުޅުވިފައިވާ އެރިތުރިއާގެ އައްސޭރިއަކީ 1000 ކިލޯމީޓަރުގެ ދިގުމިން ހުރި އައްސޭރިއެކެވެ.
މި ގޮތުން އަރަބި ކަރައިން ރަތްކަނޑު ހުރަސްކޮށް ވަރަށް ގިނަ ބަޔަކު އެރިތުރިއާއަށް އައިސްފައިވެއެވެ. މީގެ ތެރޭގައި ޔަމަނު ކަރައިން އައި މީސް މީހުން ފާހަގަކުރެވެއެވެ.
ތުރުކީގެ އުސްމާނީންނާއި އިންޑިޔާގެ ގޯވާގައި ތިބި ޕޯޗުގީޒުންގެ އިތުރުން މިޞްރު މީހުންނާއި އިނގިރޭސީން އަދި އިޓަލީ ވިލާތުގެ މީހުން ވެސް އެރިތުރިއާއަށް އައިސްފައިވަނީ ރަތްކަނޑުގެ މަގުންނެވެ.

އެރިތުރިއާއަށް އިޓަލީގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1941 ވަނަ އަހަރު ނޮވެންބަރު މަހުގައެވެ. އިނގިރޭސި ވިލާތާއި އ.ދ ގެ އެހެން މޭންޑޭޓްތަކުން މިންޖުވީ 1951 ވަނަ އަހަރުއެވެ. އިތިޔޯޕިޔާއިން މިނިވަންވީ 24 މޭ 1991 ގައެވެ. މުޅީން މިނިވަންވެފައިވަނީ 24 މޭ 1993 ގައެވެ.

އެރިތުރިއާގެ އާބާދީއަށް ބަލާއިރު، އެ އާބާދީ އެކުލެވިފައިވަނީ ވަރަށް ގިނަ ނަސްލުތަކެއް މީހުންގެ މައްޗަށެވެ. އެހެން ނަމަވެސް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން މި ޢަދަދުތައް ކަށަވަރުކަމާއެކު ލިބުމަކީ ވަރަށް ދަތިކަމެކެވެ.
އެހެން ނަމަވެސް ކަށަވަރުކޮށް އެނގެނީ ތިގްރިންޔާ މީހުންނާއި ތިގްރޭ މީހުން އެކުވުމުން އެއީ ޤައުމުގެ އާބާދީގެ 80% ކަމެވެ. 
އެރިތުރިއާގެ ކޮންމެ ނަސްލެއްގެ މީހުން ވެސް ވާހަކަ ދައްކަނީ އެބައެއްގެ މާދަރީ ބަހުންނެވެ. އެހެން ނަމަވެސް އަޣުލަބިއްޔަތެއް ނެތް ޤިއްލީ ޖަމާޢަތްތަކުން އެއް ބަހަށް ވުރެ ގިނަ ބަހުން މޮށިއުޅޭކަން ފާހަގަކުރެވެއެވެ.
އެރިތުރިއާގައި ދިރިއުޅޭ ނަސްލުތަކުގެ ތެރެއިން އެންމެ ފަހުން އެ ޤައުމަށް އިތުރުވި ބަޔަކީ ރަޝައިދާ ނަސްލުގެ މީހުންނެވެ. މިއީ ޢަރަބި ބައްރުގެ އައްސޭރީން 19 ވަނަ ޤަރުނުގެ ތެރޭގައި އެރިތުރިއާއަށް އައި ބައެކެވެ. 

އެރިތުރިއާގެ ވެރިރަށް އަސްމާރާ ފިޔަވައި އެހެން ތަންތަނުން ފެނިގެން ދަނީ އެފްރިކާގެ އެހެން ހިސާބުތަކުން ވެސް ފެންނަ ފަދަ ސަގާފަތެކެވެ. އެހެން ނަމަވެސް ވެރިރަށް އަސްމާރާގައި ވަރަށް ބޮޑަށް އިޓަލީގެ އަސަރުތައް ފެންނަމުންދާ ކަމަށް ފާހަގަކުރެވެއެވެ.
މި ގޮތުން އަސްމާރާގެ ކެފޭތަކާއި ރެސްޓޯރަންޓްތަކުން އިޓަލީގެ ބުއިންތަކާއި ކާނާ ލިބޭކަން ފާހަގަކުރެވެއެވެ.




#Article 371: އަޔަލޭންޑުގެ ޖުމްހޫރިއްޔާ (273 words)


އަޔަރލޭންޑަކީ ހުޅަނގު އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

އަޔަރލޭންޑްގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި އައިރިޝް ބަހެވެ. 
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އައިރިޝްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޑަބްލިންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ދުސްތޫރީ ޑިމޮކްރަސީއެކެވެ. ޖުމްހޫރިއްޔާއެކެވެ. ހަމަ އެހެންމެ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. 
ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 119 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 70273 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ie. އެވެ. ކޯލިން ކޯޑަކީ +353 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

މި ޤައުމަށް ކިޔާ ނަމަކީ އޭއިރެ އެވެ. އިނގިރޭސި ބަހުން ކިޔާ ނަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ އަޔަރލޭންޑެވެ. އައިރިޝް ބަހުން ލިޔާ ލިޔުންތަކުގައި އޮންނަނީ އޭއިރެ އެވެ. އައިރިޝް ބަހަކީ ރަސްމީ ބަހަކަށްވީ 1 ޖަނަވަރީ 2007 ގައެވެ. އޭގެ ފަހުން ޕާސްޕޯޓް ފަދަ ލިޔުންތަކުގައި ވެސް ދެ ބަހުން ކިޔާ ގޮތް ލިޔެވިފައި ހުރެއެވެ.

އަޔަރލޭންޑް ޖަޒީރާގެ 5/6 ހިއްސާކުރަނީ އަޔަރލޭންޑް ނުވަތަ އަޔަރލޭންޑްގެ ޖުމްހޫރިއްޔާއެވެ. އަޔަރލޭންޑްގެ އިރު އުތުރުގައި އޮތީ ނޮދަން އަޔަރލޭންޑެވެ. އެއީ ޔުނައިޓެޑް ކިންގޑަމްގެ ބައެކެވެ.

އަޔަރލޭންޑްގެ ދައުލަތެއް އުފެދުމަށް މެދުވެރިވި ސަބަބަކީ 1921 ވަނަ އަހަރުގައި އަޔަރލޭންޑްގެ ޖަޒީރާ އުތުރު އަޔަރލޭންޑަކަށާއި ދެކުނު އަޔަރލޭންޑަކަށް ވުމުންނެވެ. 
ދެކުނު އަޔަރލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ވެގެން ދިޔަޔަސް، އުތުރު އަޔަރލޭންޑުން ނިންމީ ޔުނައިޓެޑް ކިންގްޑަމްއާ އެކު އޮތުމަށެވެ.
އެކްޓް އޮފް ޔޫނިއަން 1 ޖަނަވަރީ 1801 އިން ފެށިގެން 6 ޑިސެންބަރު 1922 އާ ހަމަޔަށް އަޔަރލޭންޑް އޮތީ ޔުނައިޓެޑް ކިންގްޑަމްގެ ބައެއްގެ ގޮތުގައެވެ.

އަޔަރލޭންޑް މިނިވަން ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް އެ ޤައުމަށް ތަރައްޤީގެ ގޮތުން ވަރަށް ގިނަ ގޮން ޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ޚާއްޞަކޮށް އިޤްތިޞާދީ ގޮތުން ވަރަށް ބަނަ ދުވަސްތަކަކާ ކުރިމަތިލާން އެ ޤައުމަށް ޖެހުނެވެ.
އެހެން ނަމަވެސް 1980 ގެ އަހަރުތަކަށް އެޅުމުން އަޔަރލޭންޑްގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ. 
އިޤްތިޞާދީ ގޮތުން ލިބެން ފެށި ކުރިއެރުންތަކާއެކު ވަޒީފާ ނެތް މީހުންގެ ޢަދަދު މަދުވެ، ޤައުމުން ބޭރަށް ހިޖުރަކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.

އަޔަރލޭންޑްގެ އާބާދީގެ 90% އަކީ އައިރިޝް ނަސްލުގެ މީހުންނެވެ. 7.5% އަކީ އެހެން ދޮން މީހުންނެވެ. 

ސަގާފަތުގެ ގޮތުން ބަލާއިރު، އަޔަރލޭންޑްގެ ސަގާފަތަކީ ޔޫރަޕުގެ އެހެން ޤައުމުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޤައުމެކެވެ. އަވަށްޓެރި ނޯދަން އަޔަރލޭންޑާއި އިނގިރޭސި ވިލާތް އަދި ވޭލްސް އާއި ސްކޮޓްލޭންޑްގެ ސަގާފަތް ވެސް އަޔަރލޭންޑްގެ ސަގާފަތާ އެއް ގޮތް ކަމަށްވެއެވެ.




#Article 372: މެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާ (301 words)


ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރަސްމީ ބަހަކީ ސަންގޯ ބަހާއި ފަރަންސޭސި ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސެންޓްރަލް އެފްރިކަންސްއެވެ.
ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަންގުއީއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. 
މިއީ ޖުމްހޫރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 121 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 622984 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cf. އެވެ. ކޯލިން ކޯޑަކީ +236 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސެންޓްރަލް އެފްރިކަން ފްރޭންކެވެ.

އިނގިރޭސި ބަހުން މި ޤައުމުގެ ނަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. މި ޤައުމުގެ ނަން ގުޅުވާލެވިފައިވަނީ ޤައުމު އޮތް ޖޯގްރަފިކަލް މަޤާމާއި ޤައުމުގެ ވެރިކަމުގެ ނިޒާމާއެވެ. 
ޖުޣުރާފީ
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އުތުރުގައި އޮތީ ޝާދެވެ. އިރުމަތީގައި އޮތީ ސޫދާނެވެ. ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ރިޕަބްލިކް އޮފް ކޮންގޯ އޮތީ ދެކުނުގައެވެ. ހުޅަނގުގައި އޮތީ ކެމަރޫނެވެ.

އީސާއީ މީލާދުގެ 1000 އަހަރު ކުރީއްސުރެ ފެށިގެން މީލާދީން 1000 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރުގައި އަދަމަވާ-އީސްޓަން ބަސްބަހުން ވާހަކަ ދައްކާ ބަޔަކު ކެެމަރޫން ފަޅީން ސޫދާންއާ ދިމާއަށް ދަތުރުކުރިއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ވަޒަންވެރިވީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް ސަރަޙައްދުގައެވެ.
ޔޫރަޕުގެ މީހުން މިހިސާބަށް ވަދެފައިވަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެމީހުން ސެންޓްރަލް އެފްދިކަން ރިޕަބްލިކާ ހަމަޔަށް އައިސްފައިވަނީ ކޮންގޯގެ މަގުން ލާފައެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނީ 13 އޯގަސްޓް 1960 ގައެވެ. 

ސެންޓްރަލް އެފްރިކަން ރިޕަބްލިކް މިނިވަންވީ ފަހުން މިހާތަނަށް ބަލާއިރުގައި އެ ޤައުމުގެ އާބާދީ ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެހެނީ 1960 ވަނަ އަހަރުގައި މި ޤައުމުގެ އާބާދީގައި ތިބީ 1.2 މިލިޔަން މީހުންނެވެ. އެހެން ނަމަވެސް މިހާރު އެ ޤައުމުގެ އާބާދީގައި 4.4 މިލިޔަން މީހުން އެބަތިއްބެވެ.
އ.ދ އިން ލަފާކުރާ ގޮތުގައި މި ޤައުމުގެ އާބާދީގެ ތެރެއިން 15-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 11% މީހުންނަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހުންނެވެ.
ތަފާތު 80 ވަރަކަށް ނަސްލުގެ މީހުން އުޅޭ އިރުގައި މިއިން ކޮންމެ ބަޔަކަށް ވެސް އަމިއްލަ ބަހެއް ލިބިފައިވެއެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ޢާއްމު ތަޢުލީމު ފޯރުކޮށްދެނީ ހިލެއެވެ. އެހެން ކަމާއެކު ޢުމުރުން 6 އަހަރުން ފެށިގެން 14 އަހަރާ ހަމަޔަށް ކިޔެވުމަކީ މަޖުބޫރުކަމެކެވެ. 
އެހެނިހެން އާދަތަކަށް ބަލާއިރުގައި މިއުޒިކަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ވެސް ވަރަށް ބޮޑު މުހިއްމުކަމެއް ދެވިފައިވާ ކަމެކެވެ.
ސަގާފަތަށް ބަލާއިރުގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަގާފަތަކީ އެފްރިކާގެ އެހެން ޤައުމުތަކުގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ސަގާފަތެކެވެ.
މީގެ އިތުރުން ފަރަންސޭސި ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.




#Article 373: ޕުއެރްތޮ ރީކޯ (357 words)


ޕުއެރްތޮ ރީކޯއަކީ މިނިވަން ޤައުމެއް ނޫންކަމުގައި ވިޔަސް މިއީ އެމެރިކާގެ އަންއިންކޯޕަރޭޓެޑް ޓެރިޓަރީއެއް ކަމުގައިވާތީ ޤައުމުތަކުގެ ސަފުގައި ގުނާލެވޭ ޤައުމެކެވެ.

ޕުއެރްތޮ ރީކޯގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހާއި އިނގިރޭސި ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕުއެރްތޮ ރީކަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަން ހުއާންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ.
ޕުއެރްތޮ ރީކޯއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 3 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 125 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެމެރިކާގެ ސްޓޭޓްތަކާއި ޓެރިތަރީތަކަށް ބަލާއިރުގައި 27 ވަނައަށް އެންމެ ބޮޑު އާބާދީއެވެ.
ބިމުގެ ބޮޑުމިނަކީ 9104 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ br. އެވެ. ކޯލިން ކޯޑަކީ +1-787 ، +1-939 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރެވެ.

މި ޤައުމުގެ ރަސްމީ ނަމަކީ ކޮމަން ވެލްތު އޮތް ޕުއެރްތޮ ރީކޯއެވެ. ސްޕެއިން ބަހުން ކިޔާ ނަމަކީ “އެސްތާދޯ ލިބްރޭ އެސޮސިއާދޯ ދި ޕުއެރްތޮ ރީކޯ” އެވެ. އިނގިރޭސި ބަހުން ތަރުޖަމާ ކުރާ ނަމަ، މީގެ މާނައަކީ “އެސޯސިއޭޓެޑް ފްރީ ސްޓޭޓް އޮފް ޕުއެރްތޮ ރީކޯ” އެވެ. 

ޕުއެރްތޮ ރީކޯ އޮންނަނީ އިރުއުތުރު ކެރީބިޔަން ކަނޑުގައެވެ. ޑޮމިނިކަން ރިޕަބްލިކްގެ އިރުމަތީގައި ވަރޖިން އައިލެންޑްސްގެ ހުޅަނގުގައެވެ. 
ޕުއެރްތޮ ރީކޯއަކީ ޖަޒީރާ ޤައުމެކެވެ. މި ޤައުމު އެކުލެވިގެންވަނީ ޕުއެރްތޮ ރީކޯގެ މައި ޖަޒީރާގެ އިތުރުން ބައެއް ކުދި ޖަޒީރާ ރަށްރަށުގެ މައްޗަށެވެ.
ކެރީބިޔަން ސަރަޙައްދުގެ ހަތަރު މައި ޖަޒީރާއަށް ބަލާއިރުގައި ބިމުގެ ގޮތުން އެންމެ ކުޑައީ އަދި އާބާދީގެ ގޮތުން ދެވަނައަށް އެންމެ ކުޑައީ ޕުއެރްތޮ ރީކޯގެ މައިޖަޒީރާއެވެ. 
އަނެއް ތިން ޖަޒީރާއަކީ ކިޔުބާ އާއި އައިލެންޑް އޮފް ހިސްޕެނިޔޯލާ އާއި ޖެމެއިކާއެވެ.

ކްރިސްޓޮފަރ ކޮލަންބަސް ޕުއެރްތޮ ރީީކޯއަށް ވަޑައިގެންނެވުމުގެ ކުރީގެ ތާރީޚު މާ ބޮޑަށް ސައުފުނުވާ ކަމުގައި ޕުއެރްތޮ ރީކޯއާ މެދު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
ޕުއެރްތޮ ރީކޯގެ ކުރީގެ ތާރީޚާ މެދު މިއަދު އެނގެނީ އާސާރީ ހޯދުންތަކުގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭ އެއްޗެކެވެ.
އެންމެ ފުރަތަމަ ފަހަރަށް ޕުއެރްތޮ ރީކޯގެ ތާރީޚުގެ މައްޗަށް ފޮތެއް ލިޔެެވިފައިވަނީ 1786 ވަނަ އަހަރުއެވެ. އެއީ ސްޕޭނު މީހުން ޕުއެރްތޮ ރީކޯއަށް އައިތާ 293 އަހަރު ފަހުންނެވެ. މި ފޮތް ލިޔުއްވީ ފްރޭއި އިޏިގޯ އަބާދް އި ލަސިއޭރާ އެވެ. 
އެންމެ ފުރަތަމަ ޕުއެރްތޮ ރީކޯގައި ވަޒަންވެރިވެފައިވަނީ އެމެރިންޑިޔަން މީހުންގެ ތެރެއިން ޝިކާރަކުރާ މީހުންނާއި މަސްވެރީންނެވެ. 
ޕުއެރްތޮ ރީކޯ ސްޕެއިނުގެ ދަށުން ނެއްޓި އެމެރިކާގެ އިސްތިޤްލާލުގެ ދަށަށް ވަނީ 10 ޑިސެންބަރު 1898 ގައެވެ.

ޕުއެރްތޮ ރީކޯގެ އާބާދީއަށް ބަލާއިރުގައި 76.2% އަކީ ދޮން މީހުންނެވެ. މިއީ މައިގަނޑު ގޮތެއްގައި ސްޕެނިޝް ދަރިކޮޅުގެ މީހުންނެވެ. ކަޅު މީހުންގެ ނިސްބަތަކީ 6.9% އެވެ. 
އޭޝިޔާ ދަރިކޮޅުގެ މީހުންގެ ނިސްބަތަކީ 0.3% އެވެ. އެމެރިންޑިޔަނުންގެ ނިސްބަތަކީ 0.2% އެވެ. މެސްޓިޒޯ ނުވަތަ މަސްހުނި ނަސްލުގެ މީހުންނަކީ 4.4% އެވެ. އެހެން ނަސްލުތަކަށް ނިސްބަތްވާ 12% އެވެ.

ސަގާފަތަށް ބަލާއިރުގައި ޕުއެރްތޮ ރީކޯގެ ސަގާފަތް ބިނާވެފައިވަނީ ތަފާތު ހަތަރު ސަގާފަތެއްގެ މައްޗަށެވެ. 
އެއީ އަޅުންގެ ކިބައިން ތަޢާރަފުވި އެފްރިކާގެ ސަގާފަތާއި އެމެރިންޑިޔަނުންގެ ފުށުން ތަޢާރަފުވި ޓައިނޯ ސަގާފަތާއި ސްޕޭނު މީހުންގެ ސަގާފަތުގެ އިތުރުން އުތުރު އެމެރިކާގެ މީހުންގެ ސަގާފަތެވެ.
އެހެންކަމުން މިއަދުގެ ޕުއެރްތޮ ރީކޯގެ ސަގާފަތަކީ މި ދެންނެވި ހަތަރު ސަގާފަތުގެ މަސްހުނިގަނޑެކޭ ބުނުމަށް ވުރެ ރަނގަޅުވާނީ، އެ ހަތަރު ސަގާފަތުން މުއްސަނދިކަން ލިބިފައިވާ ތަފާތު ސަގާފަތެކެވެ.




#Article 374: ލުބުނާން (345 words)


ލުބުނާނަކީ، ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

ލުުބުނާނުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. މީގެ އިތުރުން ކޮންޑިޝަނަލް ރަސްމީ ބަހެއްގެ ގޮތުގައި ފަރަންސޭސި ބަސް ބޭނުންކުރެވެއެވެ. ލުބުނާނުގައި ވާހަކަ ދައްކާ ބަސްތަކަކީ އަރަބި ބަސް (ލުބުނާނު ލަހުޖާ) އާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހާއި އަރްމީނިޔަން ބަހެވެ.
އިނގިރޭސި ބަހުން ލެބަނީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބައިރޫތެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ.
ލުބުނާނުގައި އޮންނަނީީ ކޮންފެޝަނަލިސްޓް، އަދި ބަރުލަމާނީ ޖުމްހޫރިއްޔާއެވެ.
ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 124 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 10452 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ lb. އެވެ. ކޯލިން ކޯޑަކީ +961 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެބަނީޒް ޕައުންޑެވެ.

ލުބުނާނުގެ ނަން އައިސްފައިވަނީ ސާމީ ރޫޓް ބަހެއް ކަމުގައިވާ ލބނ އިންނެވެ. މީގެ މާނައަކީ “ހުދު” އެވެ. މި ނަން ނިސްބަތްކޮށްފައިވަނީ މައުުންޓް ލުބުނާނަށެވެ. އެއީ އެ ފަރުބަދަ މަތީގައިވާ ހުދުކުލައިގެ ބަރަފް (ސްނޯ)އަށް ނިސްބަތްކޮށެވެ.

ލުބުނާނުގެ އިރުމައްޗާއި އުތުރުގައި އޮތީ ސޫރިޔާއެވެ. ދެކުނުގައި އޮތީ އިސްރާއީލެވެ. މި ޤައުމު އޮންނަނީ މެދުތެރޭ ކަނޑުގެ އިރުމަތީ އައްސޭރީގައެވެ. 

މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ޖިބީލް ނުވަތަ ބިބްލޯސްއަކީ ލުބުނާނު ސަރަޙައްދުގައި އެންމެ ކުރީން އާބާދުވި އެއް ޝަހަރެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް މެދުކެނޑުމެއްނެތި މީހުން ދިރިއުޅެމުންދާ އެންމެ ދުވަސްވީ ޝަހަރުތަކުގެ ތެރެއިން އެއް ޝަހަރަކީ ޖިބީލްއެވެ. 
މި ޝަހަރު އާބާދުވެފައިވާ ކަމަށް އާސާރީ ހޯދުންތަކުން ދައްކަނީ އީސާއީ މީލާދުގެ 5000 އަހަރު ކުރީންނެވެ. 
ލުބުނާނުގެ އަޞްލު ރަށްވެހީން ކަމުގައި ފިނީޝިޔަނުންނަކީ ކަނޑު ދަތުރު ފަތުރަށް ވަރަށް ކުޅަދާނަ ބައެކެވެ. 
އުސްމާނީ ދައުލަތުގެ ބައެއްގެ ގޮތުގައި 400 އަހަރު ވަންދެން ލުބުނާނު އޮތެވެ. 1918 އަހަރުން ފެށިގެން ލުބުނާނު އޮތީ ފްރެންޗް މެންޑޭޓް އޮފް ސީރިޔާގެ ބައެއްގެ ގޮތުގައެވެ.
ފަރަންސޭސި ވިލާތުގެ ކިބައިން މިނިވަންކަން އެ ޤައުމުން އިޢުލާންކޮށްފައިވަނީ 26 ނޮވެންބަރު 1941 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަނެވުނީ 22 ނޮވެންބަރު 1943 ގައެވެ.

ލުބުނާނުގެ މިހާރުގެ އާބާދީއަށް ބަލާއިރު، އާބާދީގެ 95% އަކީ އަރަބި ނަސްލުގެ މީހުންނެވެ. 4% އަކީ އަރްމީނިޔަނުންނެވެ. 1% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. މީގެއިތުރުން ސީރިޔާގެ 1.5 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި ލުބުނާނުގައި ދިރިއުޅެއެވެ.

ލުބުނާނުގައި މީހުން އުޅޭ ތަފާތު ދީންތަކަށް ބަލާއިރުގައި ސުންނީ މުސްލިމުންނަކީ އާބާދީގެ 28% އެވެ. ޝީޢީންނަކީ ވެސް އާބާދީގެ 28% އެވެ. 22% އަކީ މާރޫނީންނެވެ. 8% އަކީ ގްރީކް އޮތޮޑޮކްސް މީހުންނެވެ. 5% އަކީ ދުރޫޒުންނެވެ. 4% އަކީ ގްރީކް ކެތަލިކުންނެވެ. 5% އަކީ އެހެން ދީންތަކަށް ނިސްބަތްވާ މީހުންނެވެ. އަރަބި ޤައުމުތަކުގެ ތެރެއިން މުސްލިމުންގެ ނިސްބަތް އެންމެ ދަށް ޤައުމަކީ ލުބުނާނެވެ.

މިއަދުގެ ލުބުނާނު އޮތް ސަރަޙައްދަކީ ތަފާތު އެތައް ތަހުޒީބަކާއި ސަގާފަތްތަކެއް އައިސް ބައްދަލުވި ސަރަޙައްދެކެވެ. ޙަޤީޤަތުގައި ލުބުނާނަކީ ފޮއެނީޝިޔަނުންގެ އަޞްލު ވަޒަނެވެ.
ލުބުނާނުގެ މައްޗަށް އޭގެ ފަހުން ބާރު ފޯރުވާފައިވާ މީހުންގެ ތެރޭގައި އާޝޫރީންނާއި ފާރިސީންނާއި ޔޫނާނީންނާއި ރޫމީންނާއި އަރަބީން ހިމެނެއެވެ. މީގެ އިތުރުން ޞަލީބީންނާއި އުސްމާނީ ތުރުކީންނާއި ފަރަންސޭސީން ވެސް ހިމެނެއެވެ. 
ލުބުނާނުގެ ސަގާފަތް ބައްޓަންވެގެން ދިއުމުގައި މި ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ. މީގެ ތެރެއިން ވެސް ބޮޑަށް ފާހަގަކޮށްލެވެނީ އަރަބީންނާއި ފަރަންސޭސީންނެވެ.




#Article 375: ބޮސްނިޔާ އެންޑް ހެރްޒިގޮވީނާ (385 words)


ބޮސްނިޔާ އެންޑް ހެރްޒިގޮވީނާއަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ކުރުކޮށް މި ޤައުުމަށް ކިޔާ ނަމަކީ ބޮސްނިޔާއެވެ.

ބޮސްނިޔާގެ ރަސްމީ ބަހަކީ ބޮސްނިޔަން ބަހާއި ކްރޮއޭޝިޔަން ބަހާއި ސާބިޔަން ބަހެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބޮސްނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަރަޔޭވޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ.
ބޮސްނިޔާއަކީ ފެޑެރަލް ދިމިޤްރާޠީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 3 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 126 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 
ބިމުގެ ބޮޑުމިނަކީ 51129 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ba. އެވެ. ކޯލިން ކޯޑަކީ +387 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮންވަރޓިބްލް މާރކްއެވެ.

ބޮސްނިޔާގެ ރަސްމީ ނަމަކީ ބޮސްނިޔާ އެންޑް ހެރްޒިގޮވީނާ ކަމުގައި ވިޔަސް، މި ޤައުމަށް ބޮސްނިޔާ-ހެރްޒިގޯވީނާއޭ ވެސް އަދި ހަމަ އެކަނި ބޮސްނިޔާއޭ ވެސް ކިޔައެވެ.

ބޮސްނިޔާއަކީ އިރު ދެކުނު ޔޫރަޕުގައި ބަލްކަން ބިންދުލުގައެވެ. ބޮސްނިޔާގެ އުތުރުގައި އޮތީ ކްރޮއޭޝިޔާއެވެ. އަދި ހަމަ އެހެންމެ ހުޅަނގާއި ދެކުނުގައި ވެސް އޮތީ ކްރޮއޭޝިޔާއެވެ. އިރުމަތީގައި އޮތީ ސަރބިޔާއެވެ. އިރުދެކުނުގައި އޮތީ މޮންޓިނީގްރޯއެވެ. 
އެންމެ 26 ކިލޯމީޓަރު ފިޔަވައި ބޮސްނިޔާ މުޅި ބިންވަނީ ވަށާލެވިގެންނެވެ. އެހެންކަމުން މިއީ ބިންބަންދު ޤައުމެއް ކަމުގައި ނުވިޔަސް މިއީ ގާތްގަނޑަކަށް ބިންބަންދު ޤައުމެކެވެ.

އެންމެ މަދުވެގެން ވެސް ނިއޯލިތިކް ޒަމާނުން ފެށިގެން ބޮސްނިޔާގައި މީހުން ދިރިއުޅެމުން ގެންދެއެވެ. 
މި ގޮތުން ބޮސްނިޔާގައި ދިރިއުޅުނު އެއް ބަޔަކީ އިލީރިޔަނުން ނަމަކަށް ކިޔާ ބައެކެވެ. މީލާދުގެ ހަތަރު ޤަރުނު ކުރީން ސެލްޓިކް ނަސްލުގެ މީހުން ހިޖުރަކުރި ކުރުން ވެސް ބޮސްނިޔާގެ ތާރީޚުން ފާހަގަކުރެވެއެވެ.
އިލީރިޔަނުންނާއި ރޫމީންނާ ދެމެދު ހަމަނުޖެހުންތައް ހިނގަން ފަށާފައިވަނީ މިލާދުގެ 229 އަހަރު ކުރީންނެވެ. ރޫމީންނަށް މި ސަރަޙައްދު އެއްކޮށް އެމީހުންގެ ބާރުގެ ދަށަށް ގެނެވުނީ މީލާދީން 9 ވަނަ އަހަރުގައެވެ.
ރޫމީންގެ ހަނގުރާމައިގެ ތާރީޚުގައި އެމީހުންނަށް އެންމެ އުނދަގޫ ބޮޑުވި ހަނގުރާމަތަކުގެ ތެރޭގައި ބޮސްނިޔާގައި އެމީހުން ކުރި ހަނގުރާމަ ހިމެނިފައިވެއެވެ. 
ދައުލަތެއްގެ ގޮތުގައި ބޮސްނިޔާ އުފަންވެފައިވަނީ 29 އޯގަސްޓް 1189 ގައެވެ. އުސްމާނީންގެ ދަށަށް ދިޔައީ 1527 ވަނަ އަހަރުގައެވެ. އޮސްޓްރޮ ހަންގޭރިޔަން އެމްޕަޔަރގެ ބަޔަކަށްވީ 1908 ވަނަ އަހަރުގައެވެ. 
ޔޫގޮސްލާވިޔާގެ ކިބައިން މިނިވަންކަން ލިބުނީ 1 މާރިޗު 1992 ގައެވެ. މިނިވަން ދުވަސް ފާހަގަ ކުރި ފުރަތަމަ ދުވަހަކީ 6 އެޕްރީލު 1992 އެވެ.

ބޮސްނިޔާއަކީ ތަފާތު ތިން ނަސްލެއްގެ މީހުންނަށް ދިރިއުޅުމުގެ ގޮވަތި ފޯރުކޮށްދީފައިވާ ޤައުމެކެވެ. އެއީ ބޮސްނިޔާކް ނަސްލުގެ މީހުންނާއި ކްރޮއަތުންނާއި ސަރބުންނެވެ.
އާބާދީގެ 43% އަކީ ބޮސްނިޔާކުންނެވެ. 31% އަކީ ސަރބުންނެވެ. 17% އަކީ ކުރޮއަތުންނެވެ. 6% އަކީ ޔޫގޮސްލާވް ނަސްލުގެ މީހުންނެވެ. 
މުސްލިމުންނަކީ ބޮސްނިޔާގެ އާބާދީގެ 45% އެވެ. ސަރބް އޮތޮޑޮކްސް މީހުންގެ އިންސައްތައަކީ 36% އެވެ. ރޯމަން ކެތަލިކް މަޒުހަބުގެ މީހުންނަކީ 15% އެވެ. ޔަހޫދީންނާއި ޕްރޮޓެސްޓުންގެ ނިސްބަތަކީ 4% އެވެ.

ބޮސްނިޔާގެ ސަގާފަތަށް ބަލާއިރުގައި ޔޫރަޕުގައި މުސްލިމް މެޖޯރިޓީއެއް އޮތް މަދު ޤައުމުތަކުގެ ތެރޭގައި ބޮސްނިޔާ ހިމެނޭ ކަމުން، ބޮސްނިޔާގެ ސަގާފަތުން މިކަންތައް ފެނެއެވެ.
ކުރީން ޔޫގޮސްލޭވިޔާގެ ބައެއްގެ ގޮތުގައި އޮތުމުން، ސަރބިޔާ އަދި ރަޝިިޔާގެ އަސަރުތައް ސަގާފަތުން ފެންނަ ފަދައިން، ޔޫރަޕުގެ އެހެން ޤައުމުތަކާއި ތުރުކީގެ ސަގާފަތުގެ އަސަރު ވެސް ބޮސްނިޔާގެ ސަގާފަތުން ފެނެއެވެ. 
ތުރުކީގެ އަސަރު ބޮސްނިޔާގެ ސަގާފަތުން ފެނުމުގެ އެންމެ ބޮޑު ސަބަބަކީ ތުރުކީގެ އުސްމާނީ ޚިލާފަތުގެ ދަށުގައި އެތައް ޒަމާނެއް ވަންދެން ބޮސްނިޔާ އޮތުމެވެ.

ބޮސްނިޔާގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޤައުމުގައި ކުރެވުނު ދިގު ހަނގުރާމައެވެ. ދެން ކުރީން މަރުކަޒީ އުޞޫލަކުން ކޮންޓްރޯލް ކުރެވިފައި އޮތް އިޤްތިޞާދު ފްރީ މާކެޓް އިކޮނޮމީއަކަށް ބަދަލުކުރުމުގެ ބުރަކަމެވެ. އެހެން ނަމަވެސް ބޮސްނިޔާއިން އަންނަނީ އިޤްތިޞާދީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންނެވެ.




#Article 376: ފަތުހުﷲ ޖަމީލް (324 words)


ފަތުހުﷲ ޖަމީލަކީ ކުރިން ރާއްޖޭގެ ޚާރިޖީ ވަޒީރުކަން މެދުކެނޑުމެއް ނެތި 27 އަހަރު ކުރެއްވި ބޭފުޅެކެވެ.އެމަނިކުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ މިޞްރުގެ މަޝްހޫރު ޖާމިޢަތުލް އަޒުހަރުންނެވެ.އަލްއުސްތާޛު ފަތުޙުﷲ ޖަމީލް އަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީގެ ދަރިކަލެކެވެ. މަންމައަކީ ދޮށީ ކަލޭފާނުގެ މެދުސީދީގެ ސިއްތި އެވެ. 

ފަތުޙުﷲ ޖަމީލް އިބްތިދާއީ ތަޢުލީމް ޙާޞިލް ކުރެއްވީ ކުއްޅަވައްގެއިންނާއި މަދަރުސަތުއް ޞަލާޙިއްޔާ އިންނެވެ. މަތީ ތައުލީމް ޙާޞިލް ކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ. ޢަރަބި، އިގިރޭސި، ސިންގަޅަ، ތަމަޅަ، އަދި މިނޫން ބައެއް ބޭރުބަސް ދެނެލައްވައެވެ. ފަތުޙުﷲ ޖަމީލް އަކީ ދިވެހިރާއްޖޭގެ ތާރީޚްގައި އެންމެ ގިނަ ދުވަސްވަންދެން ޚާރިޖީ ވަޒީރުކަން ކުރެއްވި ފަރާތެވެ. 

ފަތުހުﷲ ޖަމީލަކީ ވިސްނުން ތޫނު ކުޅަދާނަ ބޭފުޅެކެވެ. ކުރެހުންތެރިއެކެވެ. މިއުޒިކް ކުޅުއްވައެވެ. އަދި އެއީ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. ވަރަށް ގިނައިން ޖޯކު ވިދާޅުވާކަމަށް އަރިހުގައި އުޅުއްވި ބޭފުޅުން ބުނެއެވެ.

ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ ބައިނަލްއަޤްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތަޢާރުފް ކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު ގަބޫލުކުރާ ޒިންމާދާރު، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ޤައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަދާކުރައްވާފައިވަނި ވަރަށް މުހިންމު ދައުރެކެވެ. އަދި ރާއްޖެއަށް ބޭނުންވި ތަރައްޤީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ޘަޤާފީގޮތުން، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މާލީ އިދާރާތަކާއި، އެހެން މުއައްސަސާތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.

ދުނިޔޭގެ އޭރުގެ ބޮޑު ދެ ބާރުގެ މެދުގައި އޮތް ފިނި ހަނގުރާމައިގެ ތެރޭގައި ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވުމުގެ ބޮޑު ޒިންމާ އެމަނިކުފާނު އުފުއްލެވި އެވެ. އިޒުރޭލާއި ފަލަސްތީނުގެ މައްސަލަތަކުގައި ރާއްޖެ އަމަލްކުރާނެ ގޮތްތައް ތަރުތީބުކުރެއްވި އެވެ. އިސްލާމީ ގައުމުތަކާ އެކު މުޅިން އާ އަދި ވަރުގަދަ ގުޅުންތަކެއް، ލިބިވަޑައިގެންނެވި އަރަބި ތައުލީމުގެ އެހީއާ ވެސް އެކު، ގާއިމްކޮށްދެއްވި އެވެ. 

މައުމޫނު ޢަބްދުލް ޤައްޔޫމް ދެކެވަޑައިގަންނަވާ ގޮތުގައި ފަތުހުﷲ އަކީ ރާއްޖޭގައި އުފެދުނު ވަރަށް ވަރުގަދަ ޑިޕްލޮމޭޓެކެވެ. ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރައްވަން މޮޅަށް ދެނެވަޑައިގަންނަވަ އެވެ. ބޭރުގެ ގައުމުތަކާ މުއާމަލާތް ކުރައްވަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވަ އެވެ. އޭގެ ސަބަބުން ހާރިޖީ ދާއިރާގެ ވަރަށް ގިނަ ކަންކަން ފަތުހުﷲ އަމިއްލަފުޅަށް އިސް ނަންގަވައިގެން ކުރެއްވި އެވެ. 

މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވެސް އަދި ފަހުން މުޙައްމަދު ނަޝީދުގެ ވެރިމުގައިވެސް ހާރިޖީ ވަޒީރުކަން ކުރެއްވި ޑރ. ޝަހީދު، ފަތުހުﷲ ޖަމީލް ސިފަ ކުރައްވަނީ އެ ޖީލުގެ އެންމެ ކުޅަދާނަ ސިކުނޑިގެ ގޮތުގައެވެ. ރާއްޖެ ނުދެކޭ ފަދަ ތޫނުފިލި ބޭފުޅެއްގެ ގޮތުގައެވެ. އަދި ސިޔާސީ ގޮތުން ބުރަދަންހުރި ޝަހްސިއްޔަތެއްގެ ގޮތުގައެވެ. 

ފަތުޙުﷲ ޖަމީލު، ނިޔައުވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ދަނިކޮށް، ޙާލުކޮޅު ވަރަށް ސީރިއަސްވެ، ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލްގައި، މާޗް 1 2012 ވީ ބުރާސްފަތި ދުވަހުގެ ރާއްޖޭ ގަޑިން ރޭގަނޑު 8.15 ގައެވެ. ނިޔައުވީއިރު ޢުމުރުފުޅަކީ 69 އަހަރެވެ. ނިޔައުވީ އިރު ދެ ބޭފުޅުންނާއި އަނބިކަނބަލަކު އެބަ އިންނެވި އެވެ. 




#Article 377: ހޯރަފުށި (ހއ. އަތޮޅު) (430 words)


ހޯރަފުށްޓަކީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މީހުން އާބާދުވެފައިވާ ރަށެކެވެ.

ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވެނީ ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައިން މީހުން މަރުވާން ފެށުމެވެ.

ހޯރަފުށްޓަކީ މިހާރު އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ދެ ވަނައަށް އެންމެ މީހުންގިނަ ރަށެވެ. ހޯރަފުށީގެ އާބާދީގައި މިހާރު 3330 މީހުން އެބަތިއްބެވެ. އެއީ 1635 އަންހެނުންނާއި، 1695 ފިރިހެނުންނެވެ. ހޯރަފުށި އޮންނަ ޕޮޒިޝަނަކީ ލެޓިޓިއުޑް 06-58N، ލޮންޖިޓިއުޑް 72-53E އެވެ. ހޯރަފުށީގެ ޖުމްލަ ބޮޑުމިނަކީ 63.5 ހެކްޓަރެވެ. ރަށުގައި މީހުން ދިރިއުޅޭ 525 ގެ ހުރެއެވެ. ހޯރަފުށްޓަކީ ކުރިމަގުގައި ފަސޭހަކަމާއެކު ބިން ބޮޑު ކުރެވޭ ގޮތަށް ވަރަށް ބޮޑު ތިލަ ފަޅެއްގެ ތެރޭގައި އޮތް ރަށެކެވެ. މިފަޅަކީ ހއ. ހުވަހަންދޫ އިން ފެށިގެން ހއ. އިންނަފިނޮޅާ ހަމައަށް ދިގު ދެމިފައިއޮތް ފަޅެކެވެ. މިފަޅުގައިވާ ހުރިހާ ރަށްރަށަކީ ޤުދުރަތީ ގޮތުން ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށްތަކަކާއި ރީތި ތުނޑިތަކެއްގެ މައްޗަށް އެކުލެވިފައިވާ ހިތްގައިމު ރަށްތަކެކެވެ. ހޯރަފުށިއޮތް ފަޅުތެރޭގައި ހޯރަފުށްޓާއެކު، އެއްރަށް އަނެއްރަށާއި ގުޅައިލެވޭގޮތަށް 09 ފަޅުރަށް އެބައޮތެވެ. އެއީ، ހއ. ހުވަހަންދޫއާއި، އުނގުލިފިނޮޅާއި، ވެލިފިނޮޅާއި، މާފިނޮޅާއި، އުމަރަތްފިނޮޅާއި، ހަތިފުށްޓާއި، މަތީރަށާއި އަދި އިންނަފިނޮޅެވެ. 2013 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ހޯރަފުށްޓާ ހާހެއްހާ ފޫޓް ދުރުގައި އޮތް ކުޑަފިނޮޅު ވަނީ ޤުދުރަތީ ގޮތުން ހޯރަފުށްޓާ ގުޅިފައެވެ.

ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ، މަސްވެރިކަމާއި ތަފާތު ވަޒީފާތައް އަދާކުރުމާއި، ކޮންޓްރެކްޓް މަސައްކަތާއި، ފެހުމާއި އަދި ކުދި ވިޔަފާރި ކުރުމުގެ މަސައްކަތެވެ. ހޯރަފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ގޮތުގައި 07 މުއައްސަސާހުރެއެވެ. އެއީ، ހޯރަފުށީ ކައުންސިލްގެ އިދާރާއާއި، ހޯރަފުށީ މެޖިސްޓްރޭޓް ކޯޓާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، ހޯރަފުށީ ޞިއްޙީމަރުކަޒާއި، ހޯރަފުށީ އިންޖީނުގެއާއި، ހއ. ހޯރަފުށީ އެސްޓީއޯ ފިހާރައެވެ. ހޯރަފުށްޓަކީ ލަފާ ފުރުމުގައި އެއްވެސް ދަތިކަމެއް ނެތް ޒަމާނީފެންވަރަށް ހަދާފައިވާ 1209X300 ފޫޓުގެ ބަނދަރެއް އޮންނަ ރަށެކެވެ. ހޯރަފުށީގައި އާދަމްސަލީމް ހަނދާނީ ޕްރީސްކޫލްގެ ނަމުގައި އަންނަނީ އަމިއްލަފަރާތަކުން ޕްރީސްކޫލް ތަޢުލީމުގެ ޚިދުމަތް ދެމުންނެވެ.  އަދި ހޯރަފުށީގައި ހއ.އަތޮޅު މަދަރުސާގެ ނަމުގައި މެދުމަދަރުސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތިޘާނަވީ ތަޢުލީމް ފުޅާދާއިރާއެއްގައި ދެމުން ގެންދެއެވެ. އަދި ހޯރަފުށީގެ ތަޢުލީމީ ދަންމަރަށް ކަޅި ހިންގާލާއިރު ކީރިތިޤުރްއާންގެ ތަޢުލީމަކީވެސް އަމިއްލަ ފަރާތަކުން ވަރަށް އެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު “ތަޢުލީމުލްބަޔާން” ގެ ނަމުގައި ދެމުން އަންނަ ޢިލްމެކެވެ. އަދި  ވިޔަފާރިޔާއި އިޤްތިޞާދަށް ބަލާލާއިރު ހޯރަފުށީގައި 46 ފިހާރައާއި، 02 ރެސްޓޯރެންޓާއި، 01 ހޮޓަލާއި، 02 ފާރމަސީ ހުރެއެވެ. މީގެ އިތުރުން މިރަށުގައި މަހަށް ފުރާ 07 އުޅަނދު އޮތްއިރު ކަނޑުގައި ދުއްވުމަށް ރަޖިސްޓަރ ކޮށްފައިވާ  17 އުޅަނދާއި، އެއްގަމުގައި ދުއްވާ 156 އުޅަނދު އޮވެއެވެ. އަދި ރަށުގެ މަގު ގޯޅިތަކާއި، ބަނދަރާއި، އިޖުތިމާޢީ ސަރަޙައްދު ދިއްލުމަށްޓަކައި 237 ބައްތި ބޭނުން ކުރެވެއެވެ. ރަށުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި، ރަށުގެ ދެކޮޅުގައި 02 ކުނިކޮށި ތައްޔާރުކޮށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެކުނި ކޮށިތަކުގެ ބޭނުން ރަށުގެ ރައްޔިތުން ހިފަމުންދެއެވެ.

ދިރާގާއި، އުރީދޫގެ ފަރާތުން ރަށުގައި މޮބައިލް ފޯނުގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި އަމިއްލަ ދެ ކުންފުންޏަކުން ކޭބަލް ޓީވީގެ ޚިދުމަތް ދެއްވަމުން އަންނައިރު ޕީ.އެސް.އެމްގެ ފަރާތުން މިދާއިރާގެ ރަށްތަކަށް ސަރުކާރުގެ ޓީވީ ސިގުނަލް ދޫކުރުމަށްޓަކައި އެންޓަނާއެއް ޖަހައިގެން ދަނީ އެޚިދުމަތްދެމުންނެވެ. މީގެ އިތުރުން މިހާރު ހޯރަފުށީގައި އިންޓަރނެޓް ސަރވިސް ދަނީ ފުޅާދާއިރާއެއްގައި ވައިލެސްކޮށް ދެއްވަމުންނެވެ. ހޯރަފުށްޓަކީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 24 ގަޑީއިރު ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ރައްޔިތުންނަކީ ދީނީ، އިޖްތިމާޢީ، ޤައުމީ، ޘަޤާފީ ކަންކަމަށް ލޯބިކުރާ ބައެއްކަމުގައި ދަންނަވާލަން ޖެހެއެވެ. އަދި މީގެ އިތުރުން ތަރައްޤީގެ ބޮޑެތި ކަންކަމުގައި ހޯރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ލިބޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.




#Article 378: ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު (249 words)


ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު އަކީ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. ލިޔުންތެރި އެކެވެ. ގާރީ އެކެވެ. އަދި ކެރަމް ފަދަ ކުޅިވަރުތަކުގެ ފަންނާނެކެވެ. ޢަބުދުއް ސައްތާރުގެ ހުނަރު ފުރަތަމަ ފެނިގެން އައީ ޢަރަބިއްޔާ ސުކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ. މިވަގުތު ޢަބުދުއް ސައްތާރު ތަޢުލީމު ހާސިލް ކުރަމުންދަނީ އަޒްހަރު ޔުނިވަސިޓީގައެވެ.

 
ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު އުފަންވީ ދ.މާއެނބޫދޫ އަށެވެ. ބައްޕައަކީ އަލްގާރީ ޢަބުދުލް ޙަމީދު މޫސާ އެވެ. 

ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު ފުރަތަމަ ތަޢުލީމް ޙާޞިލް ކުރެއްވީ ދ.މާއެނބޫދޫ ސުކޫލުންނެވެ. އެއަށްފަހު 1990 ވަނަ އަހަރު މަދަރުސަތުލް ޢާލިޔާ އަށް ވަނެވެ. އެއަހަރު ޢާލިޔާ ސުކޫލްގެ ފަރާތުން މަދަރުސާ ކުދިންގެ މެދުގައި ބޭއްވި އެތްލެޓިކްސް މުބާރާތުގެ ދުވުމުގެ ބައިގައި ވާދަކޮށްފައި ވެއެވެ. 1991 ވަނަ އަހަރު އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ވަނެވެ. ޢަރަބިއްޔާ   ނިންމި އިރު އެސުކޫލްގެ ކެޕްޓަން އަދި ޕްރިފެކްޓެއްގެ މަގާމް ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދު އަކީ އަދާކޮށްފައި ވެއެވެ.އަރަބިއްޔާއިން ބެސްޓް އޯލް ރައުންޑް ދަރިވަރުގެ މަގާމް ހޯދިއެވެ. އަދި މުޅި ސުކޫލުން 1 ވަނަ ނުވަތަ އެއައަރުގެ ޝަހާދާ އިޢްދާދިއްޔާ އިން 1 ވަނަ ހޯދިއެވެ. 

 
މިޞްރަށް މަތީ ތައުލީމް ޙާޞިލްކުރުމަށް ދިޔައީ 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މިހާރު ކިޔަވަނީ މިޞްރުގެ ޖާމިއަތުލް އަޒުހަރުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައެވެ. ސައްތާރު އަކީ ފާއިތުވި ދެދައުރާއި ހިގަމުންދާ ދައުރުގެ މިޞްރުގައި އޮންނަ ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާގެ ރައީސެވެ.

 
ޢަބުދުއް ސައްތާރު ޢަބުދުލް ޙަމީދަކީ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. މޮޅު ލިޔުންތެރި އެކެވެ. ރީތި ގުރުއާން ކިޔަވާ ގާރީއެކެވެ. ޢަރަބިއްޔާ އަދި މަޢުހަދުގައި އުޅުނު ދުވަސްވަރު ވާހަކަ ދެއްކުން، ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައް ހޯދާފައި ވެއެވެ. އަރަބިއްޔާ އަދި މައުހަދުގައި ނެރެމުންދިޔަ ޢިލްމީ މަޖައްލާ ތަކުގެ އެޑިޓަރުކަން ސުކޫލް ދައުރުގައި ކޮށްފައި ވެއެވެ. ތަރާވީޙް ނަމާދު އިސްވެ މާލޭގެ މިސްކިތް ތަކުގައި ކޮށްފައި ވެއެވެ. ޓީވީ މޯލްޑިވްސް އިން ތައްޔާރުކުރާ މުޙައްމަދު ރަސޫލުﷲ ގެ ޕްރޮގްރާމް އަށް އަޑުއެޅުމުގައި ވެސް ޢަބުދުއް ސައްތާރު ބައިވެރި ވެފައި ވެއެވެ.  

 
ތަފާތު ގިނަ ކުޅިވަރު ތަކުގައި ޢަބުދުއް ސައްތާރު ބައިވެރި ވެފައި ވެއެވެ. މިގޮތުން ކުޅޭ ކުޅިވަރު ތަކުގެ ތެރޭގައި ފުޓްބޯޅަ، ޓީޓީ، ބެޑްމިންޓަން، ޑާޓް، ރާޒުވާ، ބިލިޔާރޑް، ފަދަ ކުޅިވަރުތައް ހިމެނެއެވެ.




#Article 379: އައިޝްވާރިޔާ ރާއީ (381 words)


މިއީ ހިންދީ ފިލްމީ ތަރިއެކެވެ.

އައިޝްވާރިޔާ ރާއީ ބައްޗަން ( އުފަންވެފައިވަނީ 1 ނޮވެމްބަރު 1973،މެންގަލޯރު، ކަރްނަޓަކާ، އިންޑިޔާ ) އަކީ މަޝްހޫރު ހިންދީ ފިލްމީ ތަރިއެކެވެ. އަދި 1994 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ހޯދާފައިވާ ރީތީގެ ރާނީ ވެސް މެއެވެ. ބައެއް ފަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ގޮތުގައި ބެލެވޭ އައިޝްވާރިޔާ ރާއީ އަކީ ފިލްމީ ތަރި އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަން ގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަންގެ އަނބިމީހާ ވެސް މެއެވެ. އައިޝްވާރިޔާ ރާއީ އާންމު ނަންތަކުގެ ގޮތުގައި އޭޝް އަދި އައިޝޫ ފަދަ ނަންތައް ބޭނުން ކުރެއެވެ. 

އައިޝްވާރިޔާ ރާއީ ފުރަތަމަ ކުޅުނު ފިލްމަކީ 1997 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ މަނީ ރަތުނަމްގެ އިރުވަރު އެވެ. ވިޔަފާރީގެ ގޮތުން ބަލާއިރު އައިޝްވާރިޔާ ރާއީ ކުޅުނު ފުރަތަމަ ކާމިޔާބު ފިލްމަކީ 1998 ވަނަ އަހަރު ނިކުތް ތަމަޅަ ފިލްމް ޖީންސް އެވެ. މިފިލްމަށް ވަނީ ހިންދީ ބަހުން އަޑުއަޅައިގެން ހިންދީ ފިލްމެއްގެ ގޮތުގައި ނެރެފައެވެ. 1999 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ސަންޖޭ ލީލާ ބާންސަލީގެ ހަމް ދިލްދޭ ޗުކޭ ސަނަމް ވެގެންދިޔައީ އެފިލްމަކުން ބޮޑެތި ކާމިޔާބީ ތަކެއް އައިޝްވާރިޔާ ރާއީ ލިބިގެންދިޔަ ރީތި ފިލްމަކަށެވެ. އަދި އޭގެ ފަހުން 2002 ވަނަ އަހަރު ނިކުތް ސަންޖޭ ލީލާ ބާންސަލީގެ ދޭވްދާސް އަކީވެސް ކާމިޔާބުތައް އައިޝްވާރިޔާ ރާއީ އަށް ހޯދައި ދިން ފިލްމެކެވެ. މި ދެފިލްމުން ވެސް ފިލްމް ފެއަރ އެވޯޑް ބެސްޓް އެކްޓްރެސް ގެ މަގާމް އެޖެހިގެން އައި ފިލްމް ފެއަރ އެވޯޑް ތަކުގައި އައިޝްވާރިޔާ ރާއީ އަށް ލިބިފައި ވެއެވެ. 

މިހާތަނަށް އައިޝްވާރިޔާ ރާއީ ވަނީ 40 އަށްވުރެ ގިނަ ފިލްމްގައި އިސްދައުރުތައް އަދާކޮށްފައެވެ. އޭގެ ތެރޭގައި ހިންދީ، ތަމަޅަ، ބެންގާލީ، އަދި އިގިރޭސި ފިލްމްތައް ހިމެނެއެވެ. 

އައިޝްވާރިޔާ ރާއީ ބައްޗަން އުފަންވެފައިވަނީ 1 ނޮވެމްބަރު 1973،މެންގަލޯރު، ކަރްނަޓަކާ، އިންޑިޔާ ގައެވެ. މަންމައަކީ ލިޔުންތެރިއެއް ކަމުގައިވާ ވްރިންދާ ރާއީ އެވެ. ބައްޕަ އަކީ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ކްރިޝްނަރާޖް ރާއީ އެވެ. އައިޝްވާރިޔާ ރާއީ ގެ ބޭބެ އަދިތްޔާ ރާއީ އަކީ އިންޖިނޭރެކެވެ. އަދިތްޔާ ވަނީ އައިޝްވާރިޔާ ރާއީ ކުޅުނު ފިލްމެއް ކަމުގައިވާ ދިލްކާ ރިޝްތާ ގެ ކޯ ޕްރޮޑިއުސަރެއްގެ ގޮތުން މަސައްކަތް ކޮށްފައެވެ. 

އައިޝްވާރިޔާ ރާއީ އުފަންވުމުން އޭނާގެ އާއިލާ ބޮމްބޭ އަށް ބަދަލު ވިއެވެ. އަދި ބޮމްބޭގެ ސަންޓާ ކްރޫޒްގައި ހުންނަ އަރްޔާ ވިދްޔާ މަންދިރު ހައިސުކޫލުން އައިޝްވާރިޔާ ރާއީ ތައުލީމް ޙާޞިލްކޮށްފައި ވެއެވެ. އެއަށްފަހު ޗާރގޭޓްގައި ހުންނަ ޖައި ހިންދު ކޮލެޖުގައި އެއް އަހަރު ކިޔެވުމަށްފަހު މަޓުންގާ ހުންނަ ރުޕަރެލް ކޮލެޖް އަށް ބަދަލުވެ އެތަނުގައި ކިޔެވުން ފުރިހަމަ ކުރިއެވެ. ސުކޫލް ދައުރުގައި އައިޝްވާރިޔާ ރާއީ ނިންމާފައި އޮތީ އާކިޓެކްޓް އަކަށް ވުމަށެވެ. 

އައިޝްވާރިޔާ ރާއީ އަކީ ތޫލޫ، ތަމަޅަ، ހިންދީ، މަރަތީ، އަދި އިގިރޭސި ބަހުން ވާހަކަ ދައްކަން އެގޭ މީހެކެވެ. 1994 ގެ މިސް އިންޑިޔާ މުބާރާތުގައި އައިޝްވާރިޔާ ރާއީ އަށް ލިބުނީ 2 ވަނަ އެވެ. އަދި ދުނިޔޭގެ ރީތީގެ ރާނީ ހޮވުމުގެ މުބާރާތަށް ދިއުމަށް ފުރުޞަތު ލިބުނެވެ. އެފަހަރު މިސް އިންޑިޔާ އަކަށް ހޮވުނީ މަޝްހޫރު ހިންދީ ފިލްމީ ތަރި ސުޝްމިތާ ސެން އެވެ. ދުނިޔޭގެ ރީތީ ރާނީގެ މުބާރާތުގައި ވާދަކޮށް އެއަހަރު ރީތީގެ ރާނީ އަކަށް ހޮވުނެވެ. އަދި މިސް ފޮޓޯ ޖެނިކް ގެ އެވޯޑް ވެސް އެފަހަރު އެމުބާރާތުގައި ލިބިފައި ވެއެވެ. އައިޝްވާރިޔާ ރާއީ ވަނީ ކުރިން ސަލްމާން ޚާން އަދި ވިވެކް އޮބެރޯއީ އާއި ރައްޓަހިވެފައެވެ. އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ގެ ކައިވެނި ކުރެވުނީ 20 އެޕްރީލް 2007 ގައެވެ. 




#Article 380: ކިރިބަތީ (136 words)


ކިރިބާސް، ރަސްމީ ނަމުންނަމަ ކިރިބާސްގެ ޖުމުހޫރިއްޔާ އަކީ ޕެސިފިކް ކަނޑުގެ މެދުތެރޭގައި އުފެދިފައި އޮތް ޖަޒީރާ ގައުމެކެވެ. 32 އަތޮޅުގެ މައްޗަށް އެކުލެވިގެން ވާ މި ރާއްޖޭގެ ސަރަހައްދުގައި 3.5 މިލިއަން އަކަ ކޮލޯމީޓަރު ހުރެއެވެ. ހައްތުއިސްތިވާ މަތީގައި އުފެދިފައި އޮތް މި ގައުމުގެ އިރުމަތީ ފަޅި އޮތީ ބައިންލައަގުވާމީ ވަގުތު ރޮނގުގައެވެ. 
ކިރިބާސް އިނގިރޭސިންގެ ފަރާތުން މިނިވަން ވީ 1979 ގައެވެ. މިއީ ކޮމަންވެލްތާއި، އައި އެމް އެފާއި، ވާލްޑް ބޭންކްގެ މެންބަރު ގައުމެކެވެ. އދ ގެ ފުރިހަމަ މެންބަރަކަށް ކިރިބާސް ވީ 1999 ގައެވެ. 

ކިރިބާސް އަކީ ގިލްބަރޓްސް ރަށްތަކުގެ ބައެކެވެ. މި ރަށްތަކަށް ނަންދެވިފައި ވަނީ އެ ރަށްތައް ފުރަތަމަ ދަތުރުކުރި އިނގިރޭސި ކެޕްޓަން ތޯމަސް ގިލްބަރޓް ގެ ނަމުންނެވެ. އޭނާ އެ ރަށްތަކަށް ދަތުރުކުރީ 1788 ގައެވެ. 

ކިރިބާސް އަކީ ފަގީރު ގައުމެކެވެ. ގުދުރަތީ ވަސީލަތްތައް މަދެވެ. ކިރިބާސްގެ ބަނާބަގައި ވިޔަފާރީގެ ނަފާ ނެގެން އޮތް ފޮސްފޭޓް ޖަމާ ވެސް ގައުމު މިނިވަން ވީ އިރު ވަނީ ހުސްވެފައެވެ. މިހާރު ގައުމުގައި އުފައްދައި ބޭރުކުރާ މައިގަނޑު މުދަލަކީ ކުފުރާ އާއި މަހެވެ. ޖީ ޑީ ޕީ ގެ 5 ބައިކުޅަ 1 ބައި ފަތުރުވެރިަމުން ހޯދެއެވެ. ކިރިބާސް އަކީ ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އެއް ގައުމެވެ. 




#Article 381: ނެއްލައިދޫ (ހދ. އަތޮޅު) (239 words)


ރާއްޖޭގެ ވެރި ރަށް މާލެ އާއި 287.01 ކިލޯ މީޓަރު ދުރުގައި އޮންނަ ތިލަދުންމަތީ ދެކެނުބުރީ ނެއްލައިދޫ އަކީ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ގާމަތި ރަށެކެވެ. އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ މި ރަށަކީ މާރާމާރީ އާއި ވައްކަމާއި އަދި މިނޫނަސް އެތައް ކުށްތަކަކުން ސަލާމަތްވެފައިވާ ރަށެއް ކަމުގައި ފާހަގަކޮށްލުމީ ލިބޭ އުފަލެއްކަމުގައި ދެެކެމެވެ. ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަންތަން މަދުނަމަވެސް ރަށުގެ ހުޅަނގު ފަރާތުގައި ހުންނަ ރަށްވެހިއަސަރަކީ މިހާތަނަށް އައިއިރު ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ ރަށްވެހި ގޭ ތަކުގެ ތެރޭގައި ހިމެނޭ އެއް ރަށްވެހިގެއެވެ. އާބާދީގައި 1323 މީހުން ދިރިއުޅޭ މި ރަށަށް ދެވިފައިވާ ކޯޑަކީ ބީ8 ކެވެ.

ނެއްލައިދޫ އަކީ މާޒީގެ ތެރޭގައި ލަފާފުރުމުގެ އުނދަގޫ ކުރިމަތިވެފައިވާ ރަށެކެވެ. މިކަން ހައްލުކުރުމަށްޓަކައި ރަށުގެ ދެކުނު ފަރާތުގައި ރައްޔިތުންގެ ބުރަ މަސައްކަތުން 2007 ވަނަ އަހަރު ޖެޓީއެއް އެޅިގެންދިޔައެވެ. ހަމަ މިއާއިއެކު 2016 އޮކްޓޯބަރ 25 ގައި ބަނދަރެއް ހުޅުވިގެން ދިޔައެެވެ. އެހެން ނަމަވެސް ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންނުކުރެވޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެގޮތުން ބަނދަރު ތެރެއަށް ފަސްގަނޑު ވަދެ ހިކިފައިވުމުގެ ސަބަބުން ބަނދަރުގެ ބޮޑުބައެއް ވަނީ ބޭނުންނުކުރެވި، ލަފާފުރުމަށް އެތައް ދަތިތަކަކާއި ކުރިމަތިވެފައެވެ.

ސިއްހީ ޚިދުމަތް ދިނުމަށް ރަށުގައި ސިއްހީ މަރުކަޒެއް ގާއިމުކޮށްފައި ހުންނައިރު 16 ގަޑިއިރު ހިދުމަތް ދެމުން ގެންދެއެވެ. އަދި ފަސޭހައިން ބޭސް ލިބޭނެ ގޮތް އެސްޓީއޯ އިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އެސްޓީއޯ ގެ ބޭސް ފިހާރައެއް ނެއްލައިދޫގައި ވެސް ހުރެއެވެ. ސަރުކާރުގެ ސްކޫލެއް ގޮތުގައި ހިންގަމުން އަންނަ ނެއްލައިދޫ ސްކޫލުގައި ސާނަވީ އަދި މަތީސާނަވީ އަށް ކިޔަވައިދެއެވެ. މުހިއްމު އަސާސީ ހައްގެއް ކަމަށްވާ ކަރަންޓުގެ ޚިދުމަތް ފެނަކައިގެ ފަރާތުން 24 ގަޑިއިރަށް ދެމުންދެއެވެ. އިގްތިޞާދީ ނަޒަރިއްޔާތަކުން ބަލާއިރު ނެއްލައިދޫ އަކީ އަތޮޅުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އާންމުންނަށް ޚިދުމަތް ދިނުމަށް 6 ފިހާރައާއި 2 ކެފޭ ހުޅުވާފައި ހުރެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އޮފީސް ދާއިރާއާއި، ކޮންސްޓުރަކްޝަން ދާއިރާއާއި، ހުއިފިލަނޑާ ވިޔަފާރީގައި ރަށުގެ ޒުވާނުން ފެނިގެން ނުދެޔެކޭ ދެންނެވޭކަށް ނެތެވެ. އޭގެ އިތުރުން ނެއްލައިދޫ އަންހެންވެރިންނަކީ ހީވާގި ބައެކެވެ. އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ފަންގި ވިނުމާއި ލުއިކޮށް ކާލުމަށް ތައްޔާރުކުރެވޭ ހެދިކާ ވިއްކުމުގެ ވިޔަފާރި އަކީ އަންހެންވެރިންގެ މަސައްކަތްތަކުން ފާހަގަކޮށްލަންޖެހޭ ކަންކަމެވެ.




#Article 382: ނޮޅިވަރަންފަރު (ހދ. އަތޮޅު) (204 words)


މިއީ ހދ.އަތޮޅުގައި މީހުން އާބާދުވެފައިވާ ރަށް ތަކުގެ ތެރެއިން ރަށެކެވެ.
ނޮޅިވަރަންފަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުތެރެއިން އެއްރަށެވެ. ކުރީގެ ތިލަދުންމަތި މިހާރުގެ ހދ. އަތޮޅަށް ނިސްބަތްވާ މި ރަށަކީ ނޮޅިވަރަމާއި ހަނިމާދޫގެ މެދުގައި އޮންނަ ހދ. އަތޮޅުން ދެވަނަޔަށް އެންމެބޮޑު ރަށެވެ.ދިވެހި ރާއްޖޭގައި އިސްލާމީ އަތޮޅިވެރިކަމެއް އެންމެ ފުރަތަމަ ކުރި ރަށަކީ ވެސް ނޮޅިވަރަންފަރެވެ. 400 އަހަރަށް ވުރެން ގިނަ ދުވަހު އަތޮޅުވެރިކަން ކޮއްފައިވެއެވެ. ތާރީޚް ފޮތްތަކުގައި މި ރަށަކީވެސް ރަން އަކުރުން ފަވާލެވިފައިވާ ރަށެކެވެ. އެދުރު ކަލޭފާނު، ޙުސެން ގަދައަހަންމައިދީ ފަދަ ބޭބޭފުޅުންނަކީ މިރަށުގެ ބަޠަލުންނެވެ.
މަލަމަތި ހިތްގައިމު، ބޮޑުފަޅަކާއި ރީތިސާފު ދޮންވެލިގޮނޑުދޮށެއް ލިބިފައިވާ މި ރަށުގެ ރީތިކަމަށް އިތުރު ހިތްގައިމުކަމެއް ގެނެސް ދެނީ… އަތިރިމަތީގެސާފުކަމާއި ފިނިމައިޒާންތަކުގެ ފުރިހަމަކަމާއި ސާފުތާހިރުކަމެވެ. ރަށަށް ޒިޔާރާތްކުރާ ފަރުރުވެރިންނާއި ރަށުގެ އަހުލުވެރިން 24 ގަޑިއިރު މި ފިނިމައިޒާން ތަކުން ހިތްހަމަޖެހުން ޙާޞިލްކުރާއިރު މިކަމުގައި އެންމެ ބޮޑުޙިއްސާއެއް އޮތީ ރަށްސާފުކުރުމުގައި ޙަރަކާތް ތެރިވާ އަންހެނުންނެވެ. ރަށުތެރޭގެ ހިތްގައިމުކަންވެސް ގުޅިފާވަނީ ހަމަ މިދެންނެވި ހީވާގި މުރާލި “ފަހުލަވާނުން”ނާއެވެ.
ދަނޑުވެރިކަން ކޮށްއުޅޭ މިރަށުގައި މަސްވެރިކަމަކީ ވެސް ކޮންމެވެސްވަރަކަށް ކުރަމުން އންނަކަމެކެވެ. ވިޔަފާރިވެރިން މަދު ނަމަވެސް ވާދަވެރި މާހައުލެއްގައި ވާދަކުރާ މަދުވިޔަފާރި ވެރިން ކޮޅެއްތިބުމުގެ ނަތީޖާ އަކީ ފިހާރަތަކުން ލިބެމުންދާ ޚިދްމަތް ފުރިހަމަވުމެވެ.
އާބާދީގައި މިހާރު 1800 އާ ގާތްކުރާ ޢަދަދަކަށް މީހުންދިރިއުޅޭ މިރަށުގައި ގްރޭޑް 10 އަށް ކިޔަވައިދޭން މިއަހަރުމިވަނީ ފަށާފައެވެ. ރަށުއޮފީސް، ޞިއްޙީމަރުކަޒު، އަދި ރަށުކޯޓެއްގެ ފުރިހަމަ ޚިދްމަތްލިބެމުންދާ މިރަށުގެ އަހުލުވެރިން ނަމާދުކުރުމަށްޓަކައި 3 މިސްކިތް ބިނާކުރެވިފައި ވެއެވެ. އާސާރީ ބިނާތަކާ އާސާރީ އެތައް އެތައް ކަންތައްތަކެއް ހުރި މިރަށަކީ މިހާރުވެސް އެތަން ފެންނަން ހުރި މަދު ރަށްތަކުގެތެރޭން އެއްރަށެވެ. މި ގޮތުން ޢުމުރުން ވީކިހާދުވަހެއްކަން ނޭނގޭ ބޮޑު ލާމި ގަސް، ޒިޔާރާތްތައް  އަދި އެދުރުކަލޭފާންމިސްކިތް، އަދި މިނޫނަސް އެތައް ކަމެކެވެ.
މި ހިތްގައިމު ޗާލު ރަށުގެ މުސްތަޤްބަލް މިހާރަށްވުރެ އުޖާލާކުރުމަށްމަސައްކަތް ކުރުމުގެ ތަޥްފީޤް މާތްﷲ މިރަށުގެ އަހުލުވެރިންނަށް މިންވަރު ކުރައްވާށި……….(އާމީން)

ވެބް ސައިޓް 




#Article 383: ބިލެއްދޫ (ފ. އަތޮޅު) (395 words)


މިއީ ފ. އަތޮޅުގައިމީހުން ދިރި އުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށަކީ މިއަތޮޅުގައި މީހުން ދިރިއުޅޭ 5 ރަށުގެތެރެއިން އުތުރުން ދެވަނައަށް އޮންނަ ރަށެވެ. 

މިރަށުގެ މީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށަކީ ފާނަ މަސްވެރިކަމުގައި މިއަތޮޅުން އެންމެ ފާހަގަކުރެވޭ އަދި ކުރީ ޒަމާނުގައި ދޮށީގެ މަސްވެރިކަމަށްވެސް އެންމެ ފާހަގަކުރެވޭ ރަށެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ. 

މިރަށުގެ ރައްޔިތުންގެ ނަމުގައި ތެލުގެ ވިޔަފާރި ކުރަމުން ދެއެވެ.  މިވިޔަފާރިއަކީ މިރަށުގެ  ރައްޔިތުންނަށް ބޭނުންވާތެޔޮ ލުއިފަސޭހަގޮތެއްގައި ހޯދައިދިނުމުގެ ގޮތުންނާއި ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެގޮތުން ކުރަމުންދާ ވިޔަފާރިއެކެވެ.

މިރަށަކީ 1997 ވަނަ އަހަރު ސަރުކާރުން ބަނދަރު ހައްދަވާދެއްވާފައިވާ ރަށެކެވެ. މިއަތޮޅު އެންމެ ފުރަތަމަ ބަނދަރު ހެދި ރަށަކީވެސް މިރަށެވެ.  މި ބަނދަރުގެ ބޮޑުމިނަކީ 250 × 500 ފޫޓެވެ. މި ބަނދަރު ސަރުކާރުން ހައްދަވައިދެއްވިއިރު މިރަށުގެ ރައްޔިތުން މަސައްކަތްކޮށްގެން ބަނދަރުގެ ބޭރުތޮށީގެ ބޭރަށް އިތުރުތޮއްޓެއްޖަހާ ދެތޮށި ދޭތެރެއަށް ވެލިއަޅައިގެން ހިއްކާފައިވާތީ، މިރަށުގެ ބަނދަރު ފާހަގަކުރެވިފައިވަނީ ވަރަށްފަސޭހަ ބަނދަރެއްގެ ގޮތުގައެވެ. 

މިހާރު ބިލެއްދޫ އޮފީސް ހިންގާ ޢިމާރާތަކީ ކުރިން ބިލެތްދޫ ސްކޫލް ހިންގި 04 ކްލާސްރޫމު ޢިމާރާތެވެ. މިޒަމާނާއި އެއްގޮތަށް އޮފީސްހިންގާ ޢިމާރާތަކަށް  މިޢިމާރާތް ބަދަލުކޮށް މިޢިމާރާތުގައި ބިލެއްދޫ އޮފީހާއި ބިލެއްދޫކޯޓް ހިންގަން ފަށާފައިވަނީ 06 ޖުލައި 2003 ގައެވެ. ބިލެއްދޫއޮފީސް މިހާރު ހިންގާ ޢިމާރާތަކީ ރައްޔިތުންގެ ޢިމާރާތަކަށްވާތީ އޮފީސް ހިންގަމުން ދަނީ ކުއްޔަށް ހިފައިގެންނެވެ.  ކުރިން ބިލެއްދޫ އޮފީސް ހިންގާފައިވަނީ މިރަށުގެ ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ކޯޓާއި ރަށްވެހިގެވެސްހުރީ މިޢިމާރާތުގައެވެ. މިހާރު ބިލެއްދޫއޮފީސް ހިންގާ ޢިމާރާތަށް އޮފީސް ބަދަލުކުރީ ކުރިން އޮފީސް ހިންގި ޢިމާރާތުގައި އޮފީސް ހިންގުމަށް ވަރަށްބޮޑަށް ދަތިވެގެންނެވެ. 

ބިލެއްދޫސްކޫލު މިހާރު ހިންގަމުން ދަނީ  ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި ޢިމާރާތުގައެވެ. އެ ޢިމާރާތުގައި ކިޔަވައިދޭން ފަށާފައިވަނީ 1997 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ ތެރޭގައެވެ. މިހާރު ބިލެއްދޫ ސްކޫލު ހިންގާ ޢިމާރާތަށް ބަދަލުވުމުގެ ކުރިން ބިލެއްދޫސްކޫލު ހިންގާފައިވަނީ މިހާރު ބިލެއްދޫ އޮފީސް ހިންގާ ޢިމާރާތުގައެވެ. ބިލެއްދޫ އޮފީސް މިހާރު ހިންގާ ޢިމާރާތުގައި ކިޔަވައިދޭން ފެށުމުގެ ކުރިން ބިލެއްދޫގައި ކިޔަވައި ދެމުން ގޮސްފައިވަނީ މިރަށު ރައްޔިތުން ފަނުން ހަދާފައިވާ މަދަރުސާއެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ. 

ބިލެއްދޫސްކޫލުގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ  އެކި ދުވަސްވަރު ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށެވެ. 1999 ވަނަ އަހަރުންފެށިގެން ސެކަންޑަރީއަށް ކިޔަވައިދޭން ފެށި މިމަދަރުސާގައި މިހާރު ގްރޭޑް 10 އަކަށް ކިޔަވައިދެމުން ދެއެވެ.  ޖީ.ސީ.އީ އޯލެވެލް ފުރަތަމަ ހަދާފައިވަނީ 2001 ވަނަ އަހަރު 22 ކުދިންނެވެ.  ރައްޔިތުންގެ ގޮތުން ހިންގަމުން ދިޔަ މިސްކޫލް 01 އޯގަސްޓް 2005ގައިވަނީ ސަރުކާރު ސްކޫލަކަށް ބަދަލު ކުރައްވާފައެވެ. ބިލެއްދޫގައި އަމިއްލަފަރާތަކުން ޕްރީސްކޫލެއް ހިންގަމުން ދެއެވެ. އަދި މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ. 

ބިލެއްދޫގައި އެންމެފުރަތަމަ ކަރަންޓްދޭންފެށީ 1980 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެއިރު ކަރަންޓް ދެމުންދިޔައީ އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އަށެވެ. ބިލެއްދޫގައި އަމިއްލަ 5 ފަރާތަކުން އެރަށު ރައްޔިތުންނަށް ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ރައްޔިތުންގެ ނަމުގައި އެރަށުގައި ކަރަންޓެއް ޤާއިމު ކުރުމަށްޓަކައި ބިލެއްދޫގެ ރައްޔިތުން މަސައްކަތްކޮށްގެން ޤާއިމުކުރި ކަރަންޓުގެ ޚިދުމަތް ބިލެއްދޫ ރައްޔިތުންނަށް ދޭންފެށީ 01 ޖެނުއަރީ 1998 ގައި 24 ގަޑި އިރަށެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ބޮޑަތި އެހީތަކެއް ވެދެއްވާފައި ވެއެވެ.




#Article 384: ފުލިދޫ (ވ. އަތޮޅު) (178 words)


މިއީ ވ. އަތޮޅުގައި މީހުން އާބާދުވެފައިވާ ރަށް ތަކުގެ ތެރެއިން ރަށެކެވެ. ފުލިދުއަކީ މިއަތޮޅުގެ ޖިއޮގްރަފީގެ ގޮތުން ފުރަތަމަ ރަށެވެ. ރަށް އޮންނަނީ އަތޮޅުގެ އެންމެ އުތުރުގައެވެ. މާލެއިން ދެކުނަށް ވ. އަތޮޅު ތެރެއިން ދަތުރުކުރާނަމަ މާލެ އަތޮޅު ނިމި ފުރަތަމަ ބައްދަލުވާނީ ފުލިދުއާއެވެ. މިއީ ޤުދުރަތީ ގޮތުން ވަރަށް ރީތި އަރިމައްޗެއް ލިބިފައިވާ ރީތި ރަށެކެވެ. 

ފުލިދޫގެ އާބާދީއަކީ 391 އެވެ. އަންހެނުންގެ އަދަދަކީ 182 އެވެ. ފިރިހެނުންގެ އަދަދަކީ 209 އެވެ. މީހުން ދިރިއުޅޭ 60 ގެ އެބަހުއްޓެވެ. ދިރިއުޅުމަށްޓަކައި މީހުން ކުރާ މައިގަނޑު މަސައްކަތަކީ ވިޔަފާރިއާއި ޓްވަރިޒަމް ދާއިރާގެ މަސައްކަތްތަކެވެ. މީގެ އިތުރުން ރަށުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަކީވެސް ރަށުގެ އިޤްތިޞާދިއްޔަތުގެ މުހިއްމު ބަހާ އެކެވެ. 

ތައުލީމަށް ބަލާއިރު މިރަށުގައި ގްރޭޑް 10 ގެފެންވަރަށް ކިޔަވައިދެވެއެވެ. މިއަތޮޅުގެ އަތޮޅު މަދަރުސާ ހުންނަނީ ފުލިދޫގައެވެ. 

ފުލިދޫގައިވެސް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމެން ގެންދެއެވެ. މިއީ ރައްޔިތުންގެ ފަރާތުން ދެމުންގެންދާ ޚިދުމަތެކެވެ. 

ޞިއްޙީ ޚިދުމަތަށް ބަލާލާއިރު ހެލްތް ޕޯސްޓެއްގެ ޚިދުމަތް ލިބެން އެބަހުއްޓެވެ. ފުލިދުއަކީ ޞިއްޙީގޮތުން ބަލާއިރު ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. 

ފުލިދޫގެ ތަރައްޤީއަށް ފުލިދޫގެ ރައްޔިތު އަންހެނުންނާއި ފިރިހެނުން ކުރަމުންގެންދާ އަދި ކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އަންހެނުންގެ އާމްދަނީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރެވެއެވެ. ކޮޓަރި ބަރިއެއް ޢިމާރާތްކޮށް ކުއްޔަށްދީގެން އާމްދަނީ ހޯދަމުންގެންދެއެވެ. މީގެ އިތުރުން ފިރިހެނުންކުރާ ކޮންމެ މަސައްކަތެއްގައި އަންހެނުން ބައިވެރިވަނީ ފިސާރި އިޖްތިމާޢީ ރޫޙުގައެވެ. އެއީ އަންހެނުން އެމީހުންގެ ބަދިގެތަކުގައި ކުރަމުންގެންދާ ކެއްކުމާއި އެހެނިހެން މަސައްކަތްތައް ކުރަމުންނެވެ. 

ފުލިދޫގައި މިވަގުތު ތަރައްޤީގެ ގޮތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފާލަން މަރާމާތުކުރުމެ މަސައްކަތެވެ. މީގެ އިތުރުން ކަރަންޓްގެ ޚިދުމަތް ތަރައްޤީކުރުމަކީވެސް ކުރަންވެފައިވާ ކަމެކެވެ.




#Article 385: ރަކީދޫ (ވ. އަތޮޅު) (167 words)


މިއީ ވ. އަތޮޅުގައި މީހުން އާބާދުވެފައިވާ ރަށް ތަކުގެ ތެރެއިން ރަށެކެވެ. ރަކީދުއަކީ މިއަތޮޅުގައި 5 ވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އެންމެ ދެކުނުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. 

މިރަށުގެ އާބާދީއަކީ 356 އެވެ. އެއީ 180 އަންހެނުންނާއި 176 ފިރިހެނުންނެވެ. މީހުން ދިރިއުޅޭގޭގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ 62 ގެއެވެ. މިރަށަކީ ރަތްމަހުގެ މަސްވެރިކަމަށް މަޝްހޫރު މާގުޅީ ކަނޑާ އެންމެ ކައިރީގައި އޮންނަ ރަށެވެ. މިރަށުގައި ރައްޔިތުންގެ ފަރާތުން 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެވެއެވެ. ތައުލީމީ ޙާލަތު އެކަށީގެންވާ ފެންވަރެއްގައި ހިފެހެއްޓީފައި ވިއަސް ސްކޫލް އާބާދީ މަދުކަމުން އެކަށީގެންވާ ސްކޫލް ހިންގުމަށް ދަތިވެފައިވާކަން ފާހަގަކުރެވެއެވެ. 

ރަކީދުއަކީ މަސްވެރި ރަށެކެވެ. މަސްވެރިކަމުގައި ވަރަށް ހީވާގިކަމާއެކު ޙަރަކާތްތެރިވާ ބަޔަކު ދިރިއުޅޭ ރަށެކެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ތަފާތު އެހެން ދާއިރާތަކުގައިވެސް ޙަރަކާތްތެރިވަމުން ގެންދެއެވެ. މަސައްކަތްތެރި ފަންނުވެރިން އެބަތިއްބެވެ. 

ރަކީދުއަކީ މިއަދު އެކަށީގެންވާވަރަށްވުރެ އާބާދީ މަދުވުމުން މައްސަލަތަކަކާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. މިގޮތުން ސްކޫލް ހިންގުމަށާއި ތަރައްޤީއަށް ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމުގައި ތަފާތު ހުރަސްތަކާ ކުރިމަތިވެފައި ވެއެވެ. އެހެން ނަމަވެސް އެވަގުތަކު ކަންތައް އޮތް ގޮތަކަށް ބަލާ އެވަގުތަކު ހުރި ވަޞީލަތެއް ބޭނުންކޮށްގެން އެ ހުރަސްތައް ގިރާކުރަމުން ގެންދަނީ އިޖްތިމާޢީ ވަރަށް ރަނގަޅު ރޫޙަކާއެކުގައެވެ. 

ރަކީދުއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ އެއް ރަށް ކަމަށްވިއަސް މިރަށުގެ ރައްޔިތުންނަކީ ދިރިއުޅުމުގެ ކުރިމަގާމެދު ވަރަށް ފުންކޮށް ވިސްނާ ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުން އަންނަ ބައެކެވެ. އަދި ހަމައެއާއެކު ވަރަށް އެކުވެރި، އަނެކުންނަށް އަޅާލާ އަދި ޚާއްޞަކޮށް މެހެމާނުންނަށް ކަމޭހިތާ ބަޔަކު ދިރިއުޅޭ ރަށެއް މެއެވެ. 




#Article 386: ފޭދޫ (ށ. އަތޮޅު) (181 words)


މި ރަށަކީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.

މިރަށަކީ 81.73 ހެކްޓަރގެ ބޮޑުރަށެކެވެ.  މިރަށާއި ރާއްޖޭގެ ވެރިކަންކުރާ ރަށް  މާލެއާއި ދެމެދުގައި ހުންނަނީ 245.90 km އެވެ. މިރަށުގެ އާބާދީ 2008 އޮކްޓޯބަރގެ ނިޔަލަށް 535 އަންހެނުންނާއި، 591 ފިރިހެނުންނާއި، އެކު ޖުމްލަ 1126 އެވެ.

މިރަށު މީހުން ދިރިއުޅުމަށްޓަކައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތަކީ  މަސްވެރިކަމާއި، އިމާރާތްކުރުމާއި، ތެދުވި ވަޑާންކުރުމާއި، ފަންގިވިނުމާއި، ފަތުރުވެރިކަމުގެ ދާއިރާ މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން ކޮންމެވެސް ވަރަކަށް ދަނޑުވެރިކަންވެސްކުރެއެވެ.މިރަށުގައި ވިޔަފާރިކުރާ 14 ތަނާއި، 2 ސައިހޮޓަލާއި، 1 ފާމަސީ ހުރެއެވެ.

މިރަށުގެ ރައްޔިތުން ބޯފެން  ރައްކާކުރުމަށްޓަކައި 2008 ވަނަ އަހަރު ސަރުކާރުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 2500 ލީޓަރގެ ކަޅު ހަމެއް ފޯރުކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން  ށ.އަތޮޅުގެ  ތަރައްގީ ޕްރޮގުރާމް  ދަށުން  ޔޫ.އެން.ޑީ.ޕީ.ގެ  އެހީގެ ދަށުން 2001 ވަނަ  އަހަރު 2500 ލީޓަރގެ 14 ކަޅުހަން ބެހެއްޓިފައިވެއެވެ.
މިރަށުގައި  ކުނި  ނައްތާލުމަށްޓަކައި ވަކި  ނިޒާމެއް (ކުނި ކޮއްޓެއް) ގާއިމު  ކުރެވިފައެއް އަދި ނެތެވެ.

މިރަށަކީ  ތަޢުލީމީގޮތުން  ބަލާއިރު ވަރަށް ދަށުގައި  އުޅޭ ރަށެކެވެ.  އެހެންނަމަވެސް 2007 ވަނަ އަހަރުން ފެށިގެން މިރަށު ސްކޫލަކީވެސް ކޭމްބުރިޖް  އިމްތިހާން ހަދަމުން އަންނަ ސްކޫލެކެވެ.  މިސްކޫލްގައި 37 މުވައްޒަފުން އުޅެއެވެ. މިސްކޫލްގައި 125 ފިރިހެން ކުދިންނާއި، 101 އަންހެން ކުދިންނާއިއެކު ޖުމްލަ 226 ކިޔަވާ  ދަރިވަރުން އުޅެއެވެ.

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.




#Article 387: ކަނޑިތީމު (ށ. އަތޮޅު) (708 words)


މި ރަށަކީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މިރަށް އޮންނަނީ އަތޮޅުގެ ހުޅަނގު އުތުރު ގައެވެ. މިރަށުގެ އުތުރާއި ދެކުނު ފަރާތުގައި ފަޅު އޮވެއެވެ. މިއީ ލަފާ ފުރަން ފަސޭހަ ރަށެކެވެ. މިރަށަށް ދެވިފައިވާ ކޯޑަކީ C1 އެވެ. 

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.

މިރަށުގެ މަސްވެރިން، މަސްވެރިކަމުގެ ތަފާތު ވައްތަރުތަކަށް ވަރަށް ފަރިތައެވެ. އެންމެ އާއްމުކޮށް އެމީހުން ކުރާ މަސްވެރިކަމަކީ ދޮށީގެ މަސްވެރިކަމެވެ. ނަމަވެސް މީގެ އިތުރުން (ހާއްސަކޮށް ދޮށީގެ މަސްވެރިކަން ދޭރީވާ ދުވަސްވަރު) ލޭނު އެޅުމާއި، ފަރުމަހު މަސްވެރިކަމާއި، ހުއިފިލަނޑާ ނެގުމާއި އިހިވެރިކަން ކޮށް އުޅެއެވެ. މިހާރަކަށް އައިސް މަސްވެރިކަން ކުރާ އުޅަނދުތައް ބޮޑެތިކުރެވިފައި ވާތީ ލޭނުގެ މަސްވެރިކަމާ ދުރުވަން ވަނީ ފަށާފައެވެ. އޭގ ބަދަލުގައި އަލަށް ފެށި މަސައްކަތަކީ ކަންނެލީގެ މަސްވެރިކަމެވެ. 

ތަންކޮޅެއް ކުރީގައި ރޮދުއެޅުމާއި ކަށިމިޔަރު މަސްވެރިކަން ވެސް މިރަށުގެ މަސްވެރިން ކާމިބުކަމާއެކު ކޮށްފައި ވެއެވެ. އަދި އޭގެ ކުރިން މާކެޔޮޅުކަން ވެސް ކޮށްފައި ވެއެވެ. ނަމަވެސް މިހާރު މި މަސައްކަތްތައް ތަފާތު ސަބަބުތަކާ ހުރެ ވަނީ މުޅިން ނެތިފައެވެ.

ދިވެހި ބަސް ލިޔާ ތާނައަކުރު ގެ ތާރީޚު މި މިސްކިތާ ވަނީ ގުޅިފައެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެންމެ ކުރީގެ ތާނަ ލިޔުމެއް ފެނިފައިވަނީ ކަނޑިތީމު ގަބުރސްތާނުގައި ހުރި މި މިސްކިތުންނެވެ. މި މިސްކިތުގެ އުތުރުފަރާތު ދޮރުގެ ދެފަރާތުގެ ފިލާގަނޑުގައި ތާނައިން ކަނޑާނަގައި ލިޔެފައިވަނީ ހާހާވިހިވަނައަހަރުފަށްގެލީކަމުހަދާށް މިހެނެވެ. އެއީ ހިޖުރައިން 1020 ވަނަ އަހަރު އެ މިސްކިތުގައި ފަންގި ލާފައި ޖަހާފައި އޮތް ތާރީހެއް ކަމަށް ބެލެވެ އެވެ. 

މިއީ ރައްޔިތުންގެ އާމްދަނީން ހޯދާ މުދާ ގުދަންކުރުމަށާއި ވިޔަފާރިއަށް ބެނުންކުރުމަށް ހަދާފައިވާ ބޮޑު އިމާރާތެކެވެ. އިމާރާތް ކުރެވިފައި ވަނީ ލަކުޑި ޑެކް އަޅައިގެން ދެ ބުރިއަށެވެ. 

ކުރީ ޒަމާނުގައި މި ކާޑުގޭގައި ރަށުން އުފައްދާ އެކިއެކި ބާވަތްތަކާއި ރާއްޖޭން ބޭނުން، ހާއްސަކޮށް އިންޑިޔާއިން ގެނެވޭ މުދާ ވިއްކާ ފިހާރައެއްގެ ގޮތުގައި ބޭނުންކުރި މި ތަނެވެ. އެ ޒަމާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހުން އައިސް ކާޑުގެއިން ވިޔަފާރި ކޮށް އުޅުނު ކަމަށް އޭރުގެ މީހުން ބުނެއެވެ. ބައެއް ފަހަރު މިތަނުގައި ހުންނަ މުދަލަކީ އޭރު މާލެއިން ވެސް ނުލިބޭ ތަކެތި މަކަށް ވާތީ އެ ރަށުންވެސް މީހުން އައިސް ވިޔަފާރި ކޮށް އުޅުނު ކަމުގެ ވާހަކަތައް އިހުގެ މިހުން ކިޔައިދެއެވެ. 

ރައްޔިތުންގެ ބޭސްފިހާރަ އިމާރާތްކުރުމުގެ މަސައްކަތް ކުރި ދުވަސްވަރު މި އިމާރާތް ވަނީ ތަޅާލައި ބިން ސާފު ކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ ބޭސް ފިހާރަ އިމާރާތް ކުރެވުނީ ކާޑުގެ ހުރި ތަނުގައެއް ނޫނެވެ. ކާޑުގެ އިމާރާތް ހުރީ މިހާރު 'ސައިބަރކެފޭ' އިމާރާތް ހުރި ހިސާބުން ފެށިގެން އިރަށް ގާތްގަނޑަކަށް 3 ކޮޓަރީގެ ދިގުމިގުގައެވެ.

މިއީ އަވައްޓެރި ގައުމުތަކަށް ވިޔަފާރި ދަތުރު ކުރުމަށް ބޭނުންކުރި ރައްޔިތުންގެ ނާލު ބައްތެއްޔެކެވެ. 

އެ ޒަމާނުގައި ރާއްޖެއިން ބޭރަށް ވިއްކަން ގެންދަނީ ހިކި ކަނޑުމަހާއި، ކާއްޓާއި، ބޮއްޔާއި ރޯނު ފަދަ ތަކެއްޗެވެ. މި ތަކެތި ވިއްކާފައި ލިބޭ ފައިސާއަށް، ކާޑުގެ ބާވަތްތަކާއި، އެތަނަކުން ލިބެން ހުންނަ ބޭނުންތެރި މުދާ ގަނެގެން ރަށަށް ގެނެއެވެ. އަދި މި ތަކެތި ކާޑުގެ ގައި ވިއްކައެވެ. އެދުވަސްވަރު، މުދާ ގަންނަން ދުރު ރަށްރަށުން މީހުން މިރަށަށް އައިސް އުޅުނެވެ. 

ބައްތެލި ރާއްޖެއިން ބޭރަށް ކުރީ މުޅިއެކު 3 ދަތުރެވެ. ސަރުކާރުން ގަވައިދަށް ގެނައި ބަދަލާކާ އެކު މިފަދަ އުޅަނދު ރާއްޖެއިން ބޭރަށް ދަތުރުކުރުން ހުއްޓުނީއެވެ.

މިއީ، މިހާރު ސިއްހީ މަރުކަޒު އެހުރި ތާނގައި ކުރިން ހުރި އިމާރާތެކެވެ. ޒަމާންތަކެއް ވަންދެން ރަށު އޮފީސް ހިންގީ މި އިމާރާތުގައެވެ. 

ރާނައި، އުވަ ޖަހައި، ލަކުޑި ޑެކް އަޅައި، ދެ ބުރިއަށް ހެދިފައިވާ މި އިމާރާތުގެ ދެފަރާތުގައި ފެންޑާ ލެވިފައި ވެއެވެ. އިމާރާތް ކުރެވިފައި ވަނީ ރަށަށް ޒިޔާރަތް ކުރާ މެހުމާނުން ނިދުމަށް ބޭނުން ކުރެވޭ ގޮތަށެވެ. ފުރާޅުގައި ހުރީ އީޓު ޖަހައިފައެވެ. 

މިހާރު ކައުންސިލް އިދާރާ ހިންގަމުން އެދާ އިމާރާތް ބިނާ ކުރެވުމާ އެކު، އުޖާލާވިދުވަރު އޮފީސް އިމާރާތުގެ ގޮތުގައި ބޭނުންކުރުން ހުއްޓާލެވުނެވެ. އޭގެ ފަހުން ދުވަސް ކޮޅަކަށް މި އިމާރާތް ޕްރީ ސްކޫލެއްގެ ގޮތުގައި ބޭނުން ކުރެވުނެވެ. އަދި އެއަށްފަހު، 1998 ވަނަ އަހަރު ބަނދަރުގެ މަސައްކަތް ކުރަމުން ދިޔައިރު ގުދަނެއްގެ ގޮތުގައި ބޭނުންކުރެވުނު ހަނދާނެއް ވެސް ވެއެވެ. 

މި އިމާރާތް ތަޅާ ސުންނާފަތިކޮށްލީ، އެެތަނުގައި ސިއްހީ މަރުކަޒު ބިނާކުރުމަށެވެ.

ޒިޔާރަތް ހުންނަނީ ގަބުރުސްތާނު ތެރޭގައެވެ. ރާނައި ހިޔާކޮށްފައިވާ ޒިޔާރަތުގެ އެތެރޭގައި ލަކުޑި ޒިޔާރަތެއް ހުރެއެވެ. ލަފާކުރެވޭ ގޮތުގައި އަސްލު ޒިޔާރަތަކީ މިބުނި ލަކުޑި ޒިޔާރަތެވެ. އެތަން ހަލާކުވެދާނެ ކަމަށްޓަކައި އޭގެ ބޭރުން ފާރު ރާނައި ހިޔާކޮށްފައި ވަނީއެވެ. 

މިއީ ނަދުރު ބުނާ ޒިޔާރަތެކެވެ. އެކި ބޭނބުންތަކުގައި ނަދުރު ބުނެ ހަދިޔާކޮށްފައިވާ ކާށި އެތާގައި ފުންޏަކަށް ހުރެއެވެ. 

މީގެ އިތުރުން ރަށުގައި މަހަށް ފުރާ ކޮންމެ ދޯންޏަކުން ޒިޔާރަތަށް ދަނޑިމަސް ދޭން ޖެހެއެވެ. ދަނޑިމަސް ދޭނީ ޒިޔާރަތް ބަލަަހައްޓާ މީހާއަށެވެ. ޒިޔާރަތް ބަލަހައްޓަނީ މަތިފުށު ވާރުތައިން ކަނޑައެޅޭ މީހެކެވެ. އަދި އަހަރަކު އެއްފަހަރު ޒިޔާރަތްފުޅު މައުލޫދު ކިޔުން އޮންނާނެއެވެ.

ކަނޑިތީމުގެ ކަތީބުކަން ކުރެއްވި ބޭފުޅުން 

ރަށުގައި ތައުލިމު ދިނުމަށް ރޭވިގެން ނުވަތަ ވަކި ނިޒާމަކަށް އެންމެ ފުރަތަމަ ހެދުނު މަރުކަޒަކީ ކުރީގެ މަކްތަބެވެ. ށަވިޔަނި އަތޮޅު މަދަރުސާ އިމާރާތް ކުރެވި ކިޔަވައިދިނުން ފެށުމަށް ފަހު މި މަކްތަބުގައި ކިޔަވައިދިނުން ހުއްޓާލިއެވެ. މި އިމާރާތް ފަހުން ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ދުވަސްތަކެއް ވަންދެން ބޭނުން ކުރެވުނެވެ. އަދި އިންޖީނުގެ އާ އިމާރާތަކަށް ބަދަލުކުރެވުމުން ކޭބަލް ޓީވީ ގެ ހިދުމަތް ދޭ މަރުކަޒަކަށް މި އިމާރާތް ބޭނުންކުރަން ފެށުނެވެ. 

މިއީ ރަށުގެ ހުރިހައި ކުދިންނަށް އަސާސީ ތައުލީމު ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ރައްޔިތުންގެ ހިންގާ މަކްތަބެކެވެ. ކުރިކޮޅުގައި ނައިފަރުގެ މުދައްރިސަކު ގެނެސްގެން ކިޔަވައިދިނުން ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ފަހުން މުދައްރިސުންގެ ގޮތުގައި މުޅިންވެސް ތިބީ ރަށުގެ އެކިއެކި މީސްމީހުންނެވެ. ރަށުގެ ކަތީބުންނާއި މުދިމުންގެ އިތުރުން ވެސް އެކިއެކި ކަމުވޮށިން މަކްތަބުގެ މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. 

މިއީ އުވައިން ރާނައި އީޓު ޖަހައި ހިޔާކޮށްފައިވާ އިމާރާތެކެވެ. ޖާގައިގެ ދަތިކަން ކުރިމަތި ވުމުން، މި އިމާރާތުގެ އުތުރުން، ދަނޑިފަނުގެ އިމާރާތެއް ކުރެވި ބޭނުން ކުރެވުނެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަނޑިތީމުގައި އަތޮޅުމަދަރުސާ ބިނާކުރެވި ކިޔެވުން ފެށުނީ 1986 ޖެނުއަރީ 23 ގައެވެ. 
މި މަދަރުސާގައި މިހާރު މަތީ ސާނަވީ އާ ހަމަޔަށް ކިޔަވައިދެއެވެ.

ޕްރީ ސްކޫލް ހިންގަނީ ރަށުގެ އަންހެނުންގެ ކޮމިޓީންނެވެ. 

މިއީ ދަރިވަރުން އަތުން ފީނަގައިގެން ހިންގާ (ޕްރައިވެޓް) ސްކޫލެކެވެ. މި ސްކޫލްގައި ބޭބީނާސަރި، އެލް ކޭ ޖީ އަދި ޔޫ ކޭޖީ ލެވެލް ތަކަށް ކިޔަވައިދޭ ކްލާސްތައް ހިންގައެވެ.




#Article 388: ނޫމަރާ (ށ. އަތޮޅު) (1552 words)


ނޫމަރާއަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުމަތީ ބިތުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫ އާއި 40.2 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 255 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. 
މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ކުޑަ، އާބާދީގެ ގޮތުންވެސް އެންމެ މަދުން މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ C2 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 41.3 ހެކްޓަރެވެ. ދިގުމިނުގައި 900 މީޓަރު (2970 ފޫޓް)، ފުޅާމިނުގައި 480 މީޓަރު (1584 ފޫޓް) ހުރެއެވެ. މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެކެވެ. މިކަމުގެ ސަބަބުން އަހަރުގެ ގިނަ ދުވަސްތަކުގައި ރަށުން ފުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ފެއްޓެވި ބަނދަރު ހެދުމުގެ މަސައްކަތް، 2012 އެޕްރީލްގައި ވަނީ ނިމި ރަށުކައުންސިލާ ހަވާލުކޮށްފައެވެ. މި ބަނދަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 27.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްފައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ހަދައިފައިވާ ބަނދަރެކެވެ. މިރަށް މަޝްހޫރުވެފައި ވަނީ ރަށަށްއަރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށެއްގެ ގޮތުގައެވެ.

ނޫމަރާގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކީ ރިސޯޓް ވަޒީފާ އަދާކުރުމާއި މަސްވެރިކަންކުރުމާއި ސަރުކާރުގެ ވަޒީފާއަދާކުރުމާއި ފަންގެ ވިނުމާއި ރޯނުވެށުމާއި ވިޔަފާރި ކުރުމާއި ދަނޑުވެރިކަންކުރުން އަދި ވަޑާންކުރުމެވެ.

ނޫމަރާގައި އެންމެ ގިނައިން ހެދޭ ބާވަތަކީ ދިވެހިރުކެވެ. ދެން އެންމެ ގިނައިން ހައްދާ ބާވަތަކީ ފަތްކޭލެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހައްދައެވެ. ފަތްކެޔޮ ހައްދަނީ ގޯތިތެރޭގަޔާއި ޗަސްބިންތަކުގައެވެ. މީގެ އިތުރުން ހައްދާ ތަފާތު ބާވަތްތަކުގެ ތެރޭގައިން މިރުސް، އަންނާރު، ކުންނާރު، ފޭރު، އަތަ، ބަށި، ކަރާ، ކިއުކަންބާ، ޖަނބުރޯލް، ޓޮމާޓޯ، މުރަނގަތޮޅި، ފާގަ، ފަޅޯ، ބަރަބޯ، ބޮނޑިކޮޕީ، ބަނބުކެޔޮ، ކައްޓަލަ، އަލަ ފަދަ ބާވަތްތައް ހިމެނެއެވެ.

މަސްވެރިކަމަކީވެސް ޒަމާނުއްސުރެ މިރަށުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތް ކުރުމަށްތަކައި މިރަށުގައި އިންޖީނުއެޅި 08 ދޯނި ބޭނުން ކުރެއެވެ. މީގެއިތުރުން ރިޔާނެގި 16 ދޯނި މިރަށުގައި ހުންނަ އިރު 06 ބޮއްކުރާވެސް މިރަށުގައި ހުރެއެވެ. މިރަށުގެ މަސްވެރިން ތަފާތު ވައްތަރުތަކުގެ މަސްވެރިކަން ކުރެއެވެ. އޭގެ ތެރޭގައި ވަދު މަސްވެރިކަމާއި ފާނައިގެ މަސްވެރިކަމާއި ކަނދުފަތި މަސްވެރިކަން ހިމެނެއެވެ. ފަޅުގެ ދަތިކަން ބޮޑުކަމުން އޮޑިދޯނިފަހަރު ގެންގުޅޭވޭ ވަރުނުވާތީ، ކުރިން މަސްވެރިކަން އެންމެ އެދެވޭވަރަކަށް ނުކުރެވުނެވެ.

މިރަށުގެ ވަޑިން ކިއްސަރު ވަޑާމާއި ތެދު އުއި ވަޑާން ކުރެއެވެ. މިރަށުގެ ވަޑިން ނަކީ އަތޮޅުގެ އިތުރުން ހއ، ހދ، ނ، ރ އަދި ބ އަތޮޅުގައިވެސް ކިއްސަރު ވަޑާމަށް މަޝްހޫރުވެފައިވާ ބައެކެވެ.

ފަންގެ ވިނުމާއި ރޯނުވެށުމަކީ މިރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ކުރީޒަމާނުގައި ކެއުމަށް ބޭނުން ކުރާ ތަކެތި ގަނެ އުޅެނީ ރޯނާއި ފަންވިއްކައިގެންނެވެ. މީގެ އުތުރުން ރޯނު ބޮނޑީގެ ބަދަލެއްގެ ގޮތުން ކާޑުގެ ބާވަތްތައްވެސް ދެއެވެ. ސާންތި ވިޔުމަކީ އިހު ޒަމާނުގައި މިރަށުގައި އާއްމު ދަނީ ހޯދުމަށް ކުރި އެހެނަށް މިހާރު ހުއްޓިފައިވާ އެކަށީގެންވާ ރަނގަޅު އާއްމުދަނީއެއް ލިބުނު މަސައްކަތެކެވެ.

 

އާއްމުދަނީ އެއް ހޯދުމުގެ ގޮތުން ވިޔަފާރި ކުރުމަކީވެސް މިރަށުގައި ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތެކެވެ. މިހާރުވެސް މިރަށުގެ ނިސްބަތުން އެކަށީގެންވާ ގޮތެއްގައި ވިޔަފާރި ކުރަމުން ގެންދެއެވެ. އެގޮތުން ވިޔަފާރި ކުރުމަށްޓަކައި މިރަށުގައި މިހާރު 5 ފިހާރަ ހުލުވާފައި ހުރެއެވެ. ރެސްޓޯރެންޓެއް އަދި ނެތް ކަމުގައިވިޔަސް 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގެ ގޮތުގައި 2 (ދެ) ތަނެއްގެ ޚިދުމަތް ލިބެމުން ދެއެވެ 
.

ރިސޯޓްގައާއި ސަރުކާރުގެ ވަޒީފާތަކުގައިވެސް މިރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސައްކަތް ކުރަމުން ގެންދެއެވެ.

  

 

ނޫމަރާ ބަނދަރު. އެތައް އަހަރެއްގެ ދަތިއުނދަގޫތަކަށް ފަހު މިހާރުވަނީ ލަފާފުރުމަށް އިތުރު ފަސޭހަތަކެއް ލިބިފައި....

 
  

ނޫމަރާގައި ފުރަތަމަ ކިޔަވައިދޭން ފަށާފައިވަނީ 1986 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އޭރުގެ ނަމުން ނަމަ ނޫމަރާ މަކްތަބުގައެވެ. ނޫމަރާ މަކްތަބުގެ ނަން ނޫމަރާ ސްކޫލަށް ބަދަލުކޮށް އައު ޢިމާރާތެއްގައި ކިޔަވައިދޭން ފެށީ 1991 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ރަސްމީކޮށް މިސްކޫލް ހުޅުވާފައިވަނީ 24 ސެޕްޓެމްބަރ 1991 ގައެވެ. މިރަށުގައި ރާއްޖޭގެ ރަސްމީ މުގައްރަރަށް ކިޔަވައިދޭން ފެށީ 1991 ސެޕްޓެމްބަރގައެވެ.  މިރަށުގެ ގިނަ މީހުންނަކީ އަސާސީ ތައުލީމުގެ ފެންވަރަށް ތަކެތި ދަންނަ ބައެކެވެ. ރާއްޖޭގެ ރަށްރަށުގެ މައުލޫމާތު ބަލަހައްޓާ ރަސްމީ ވެބްސައިޓްގައި  ވާގޮތުން ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 94.03 އިންސައްތައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އިލްމީ މީހުން ވަރަށް މަދެވެ. ޑިގްރީ މާސްޓަރ ފެންވަރުގެ މީހުންގެ އަދަދު އިނގިލިތަކުން ގުނާލެވޭހައި މަދެވެ. 2006 ވަނަ އަހަރާ ހަމައަށް މިސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް 2006 ވަނަ އަހަރުން ފެށިގެން މިސްކޫލަކީ ސަރުކާރުގެ ސްކޫލެކެވެ. މިހާރު މިސްކޫލުގައި 95 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އަދި ނޫމަރާ ޕްރީސްކޫލުގައިވެސް 35 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
މިސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 ހަމައަށެވެ. ސެކަންޑަރީއަށް ކިޔަވައިދޭން ފެށީ 2005 ވަނަ އަހަރުގައެވެ. މިސްކޫލުގައި ފުރަތަމަ ކިޔވައިދޭން ފެށީ ކޮމާސް ސްތްރީމަށެވެ. ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން ކިޔވައިދެމުން ގެންދަނީ ކޮމަބައިންށް ސްތްރީމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ތައުލީމު އުނގަންނައިދިނުމަށް ޕްރީސްކޫލް ކުދިންނަށް ފުރަތަމަ ކިޔަވައިދޭން ފެށީ 1998 ގައެވެ. ނަމަވެސް އޭރު ރަޖިސްޓްރީ ކޮށްގެން ހިންގާ ޕްރީސްކޫލެއް ނުހުރެއެވެ. އޭގެ 8 އަހަރު ފަހުން ނޫމަރާ ޕްރީސްކޫލުގެ ނަމުގައި ޕްރިސްކޫލެއް ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށުނެވެ. ނޫމަރާ ޕްރީސްކޫލުގެ ނަމުގައި ރައްޔިތުން ހިންގާ މިސްކޫލުގައި ޕްރީސްކޫލުގައި ހަތަރު ގްރޭޑަށް ކިޔަވައިދެއެވެ. ޕްރީ ސްކޫލުގައި އެންމެ މައްޗަށް ކިޔަވައިދެނީ ޔޫ.ކޭ.ޖީ އާ ހަމައަށެވެ. 

 
  

ރަށުގެ ސިއްހީ ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ހިންގަމުންއައި ހެލްތުޕޯސްޓް ސިއްހީ މަރުކަޒަކަށް ބަދަލު ކުރެވުނީ 2008 ގައެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާ އިމާރާތެއް ބިނާކޮށް ހުޅުވާފައިވަނީ 2008 ވަނައަހަރުގައެވެ. އޭގެކުރިން މިޚިދުމަތް ދެމުން ގެންދިޔައީ ރަށު އޮފީހުގައާއި ރައްޔިތުންގެ އިދާރާއެއްގައެވެ. މިހާރު މި މަރުކަޒުގެ ޚިދުމަތް، ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 15:00 ށް ލިބެން ހުރެއެވެ. 
މިތަނުގައި ޚިދުމަތް ދޭން ހުންނަނީ ޑޮކްޓަރަކާއި 3 ނަރުހަކާއި ފޫޅުމައެކެވެ.
ރައްޔިތުންގެ ބޭސް ފިހާރައިގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ބޭސްފިހާރައެއް މިރަށުގައި 2008 ވަނަ އަހަރުވަނީ ހުޅުވާފައެވެ. އާންމުންގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މަދުމަދުން ހިންގައެވެ. 

 
  
މިރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ މަތި އުތުރު ލުޓިލިޓީ ކުންފުނިން ހިންގާ އިންޖީނުގެއިންނެވެ. ޔުޓިލިޓީ ކުންފުނިން އިންޖީނުގެއާ ހަވާލުވުމުގެ ކުރިން އިންޖީނުގެއަކީ ރައްޔިތުންގެ އިންޖީނުގެއެކެވެ. ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ރަށަށް ކަރަންޓު ދޫކުރަން ފެށުމުގެ ކުރިން ކަރަންޓުގެ ޚިދުމަތްދިނީ އަމިއްލަ ފަރާތްކުންނެވެ. ނަމަވެސް 1998 ގައި ނޫމަރާ ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ހުޅުވުނު ފަހުން ޔުޓިލިޓީ ކުންފުނިން އިންޖީނުގެއާ ހަވާލުވުމުގެ ކުރިން ކަރަންޓުގެ ޚިދުމަތް ދެމުންއައީ ރައްޔިތުންގެ އިންޖީނުގެއިންނެވެ. ފުރަތަމަ ޚިދުމަތް ދޭން ބޭނުންކުރީ ސަރުކާރުން ދެއްވި 12 ކިލޯވޮޓްގެ ޖަނަރޭޓަރަކެވެ. އޭރު ކަރަންޓްގެ ޚިދުމަތް ދެނީ ހަވީރު 6:00 ން ރޭގަނޑު 12:00 ށް، ޖުމުލަ 6 ގަޑިއިރަށެވެ. ނަމަވެސް 2002 ވަނަ އަހަރު ރައްޔިތުން ގަތް 23 ކިލޯވޮޓްގެ 2 ޖަނަރޭޓަރުން އެ އަހަރުގެ ތެރޭގައި ޚިދުމަތް 12 ގަޑި އިރަށް ބަދަކު ކުރިއެވެ. އަދި ހަމަ އެއަހަރު 18 ގަޑިއިރަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތް ދެމުން ގެންދިޔައެވެ. 2003 ވަނަ އަހަރު ރައްޔިތުންގެ ޚަރަދުގައި އިތުރު 25 ކިލޯވޮތްގެ ޖަނަރޭތަރެއް ގެނެސް ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރިއެވެ. މިޚިދުމަތަށް އެހީއެއްގެ ގޮތުން 2005 ވަނަ އަހަރު ސަރުކާރުން 48 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހަދިޔާ ކުރެއްވިއެވެ.

 

ދަތުރު ފަތުރު ކުރުމަށްޓަކައި މިރަށުގައި 8 އިންޖީނުލީ ދޯނި އޮވެއެވެ. އަދި 1 ސްޕީޑް ލޯންޗްވެސް މިރަށުގައި ބޭނުންކުރެއެވެ. މިރަށަށް ބޭނުންވާ ހުރިހާ މުދަލެއް ކަހަލަގޮތަކަށް މިރަށަށް ގެންނަނީ ހދ. ކުޅުދުއްފުށިންނެވެ. މިރަށަށް ރަށުކައުންސިލްގެ ފަރާތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ހިލޭ ދަތުރު ކޮށްދެއެވެ. މީ މިރަށުގެ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވަނީ ވެފައެވެ.
މީގެ އިތުރުން އަތޮޅު ފެރީ މިރަށަށް ކޮންމެ އަންގާރަ، ބުދަ އަދި ހޮނިހިރު ދުވަހެއްގަ އޮވެއެވެ. ހެނދުނު 7:00 ގައި މިރަށުން ފުރާއިރު ހަވީރު 4:30 ށް މިރަށަށް މިފެރީ އަންނާނެއެވެ. މިފެރީންވެސް މިރަށުގެ ގިނަ ޢަދަދެއްގެ ރައްޔަތުން ދަތުރުކުރެއެވެ.

 
   
ރާއްޖެތެރޭގެ ރަށްރަށަށް މުވާބަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ނޫމަރާގައި ފުރަތަމަ ދިރާގުގެ ބޫތެއް ބެހެއްޓީ 1998 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭރު މިޚިދުމަތަކީ އައު ޚިދުމަތަކަށް ވި ނަމަވެސް މިޚިދުމަތް ބޭނުން ކުރި މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ފުރަތަމަ ފަހަރަށް ނޫމަރާއަށް މޯބައިލް ފޯނު ރޭންޖުގެ ޚިދުމަތް ދިނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 01 ވަނަ ދުވަހު ވަތަނިއްޔާގެ ޚިދުމަތް ފެށުމުން ވަތަނިއްޔާގެ ފަރާތުންނެވެ. އޭގެ 2007 ވަނަ އަހަރުގެ ފަހުކޮޅު ދިރާގުންވެސް މޯބައިލް ފޯނު ރޭންޖު ނޫމަރާއަށް ދޫކުރިއެވެ. މިހާރު ނޫމަރާއަށް ދިރާގާއި ވަތަނިއްޔާގެ ޚިދުމަތް ބަރާބަރަށް ލިބެމުންދެއެވެ. 
މޯބައިލް ޚިދުމަތުގެ އިތުރުން ދިރާގާއި ވަތަނިއްޔާގެ ބްރޯޑް ބޭންޑްގެ ޚިދުމަތްވެސް މިހާރު ނޫމަރާއިން ލިބެއެވެ. ރާއްޖޭގެ ރަށްރަށުގެ މައުލޫމާތު ބަލަހައްޓާ ރަސްމީ ވެބްސައިޓްގައި ވާގޮތުން މޮބައިލް ފޯނު ބޭނުންކުރާ މީހުންގެ ނިސްބަތަކީ 78 އިންސައްތައެވެ.

ބެލެވޭ ގޮތުގައި ނޫމަރާއަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ދުވަސްވީ ރަށެކެވެ. މިގޮތަށް ބެލެވެނީ މިރަށުގެ ނަމަށް ބަލައިގެންނެވެ. މިއީ ސާންސްކުރިތު ބަހުން އައިސްފައިވާ ނަމެއްކަމަށް ބެލެވެއެވެ. ( ސާންސްކުރިތަކީ، އީސާގެފާނުގެ މީލާދުގެ ގާތްގަނޑަކަށް 1000-1500 އަހަރު ކުރިން އިންޑިއާއަށް ޑްރެވީޑިއަނުން އައުމަށްފަހު އެތަނަށް މެދު އިރުމަތީންނާއި ޔޫރަޕުން އައި މީހުންނެވެ. ) ރާއްޖޭގެ ގިނަ ރަށްރަށަށް ނަންދެވިފައިވަނީ ސާންސްކްރިތުބަހުގެ ލަފުޒުތަކުންނެވެ. ސާންސްކުރިތުބަސްތައް އައިސްފައިވަނީ އިންޑޯއިރާނިއަން ބަހުންނާއި އިންޑޯ ޔޫރަޕިއަންބަހުންނެވެ. 
ނޫމަރާ މިނަމާއި އެންމެ އެއްގޮތް ސާންސްކުރިތުބަސް ތަކަކީ ނަމްރާ، ނަމުރާ މިބަސްތަކެވެ. މިބަސްތަކުގެ މާނައަކީ ކައިރި ނުވަތަ ކައިރީގައިވާއެވެ.
ބުނެވޭ ގޮތުގައި ނޫމަރާ އަކީ ތިން ފަހަރަށް މީހުން ޚިޖުރަކޮށްފައިވާ ނުވަތަ އާބާދުވެފައިވާ ރަށެކެވެ. މިރަށުން އެޒަމާނުގައި ފޭބިމީހުން ކޮންމެ ފަހަރަކުވެސް ފައިބާފައިވަނީ މިއަތޮޅު ނެޔޮ (މިހާރު ފަޅުރަށެއް) ކިޔާ ރަށަކަށެވެ. މިރަށުގައި މިހާރުވެސް މީހުން ދިރިއުޅެފައިވާ ކަމުގެ ނިސާންތައް ފެންނަން އެބަހުއްޓެވެ. ކޮންމެ ފަހަރަކުވެސް ނޫމަރާގައި އުޅެން އުނދަގޫ ވުމުގެ ސަބަބުން ނޫމަރާ ދޫކޮށް ދަނީއެވެ. ބުނެވޭ ގޮތުގައި ނޫމަރާގައި އޭރު މިނި އާލާ ނުވަނީއެވެ. 

އެންމެ ފަހުން މިރަށުގައި މީހުން އާބާދުވެފައި މިވަނީ ދެކުނު އަތޮޅެއްގެ މީހަކު ފަންޑިތަ ހަދައިގެން ކަމަށް ބުނެވެއެވެ. އެމީހާ ފަންޑިތަ ހަދާފައި ވަޅުލާފައިވާ ކަމަށް ބުނާ ހިލައެއް މިހާރުވެސް ނޫމަރާ ހުކުރު މިސްކިތް ކައިރީގައި ހުރި ގެއެއްގެ ގޯތިތެރޭގައި އެބަހުއްޓެވެ. މިހިރީގައި ލޯވަޅެއް އަޅައި އެލޯވަޅުގައި ދަނޑިއެއް ޖަހާފައި މި ބޭ ބުނިކަމަށްވެއެވެ. މިދަނޑި ހުރިހާތަށް ދުވަހު މިރަށުން ފައިބައިގެން ދާކަށް ނުޖެހޭނެއެވެ. ކޮންމެ އަކަސް މިދަނޑި ނެއްޓިތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރުފަހުން މިރަށުން ބަޔަކު ވަނީ އެހެން ރަށަކަށް ޚިޖުރަކޮށްފައެވެ. 
ނޯޓް: މީ ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކައެއް

ނޫމަރާއަކީ ވެސް 1821 ވަނަ އަހަރު (މުޙައްމަދު މުޢީނުއްދީން 1 ގެ ރަސްކަމުގައި) ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އެރި ބާރުގަދަ ތޫފާނުގައި ( ކޭލަކުނު ތަޅާލި ވިއްސާރައިގައި ) ބޮޑެތި ގެއްލުން ލިބުނު ރަށްރަށުގެ ތެރެއިން ރަށެކެވެ.

އާސާރީގޮތުން ފާހަގަކޮށްލެވޭ އެއްވެސް ތަނެއް މިޖީލުގެ ދަރިންނަށް ފެންނާނެހެން މިރަށުގައިނެތެވެ.

މިރަށަކީ ޒަމާނުއްސުރެ ތަފާތު ކުޅިވަރުތައް ކުޅޭ ރަށެކެވެ. މީގެ ތެރޭގައި މިހާރު ރާއްޖެއިން އުވެމުންދާ ސަގާފީ ތަފާތު ކުޅިވަރުތައްވެސް ހިމެނެއެވެ. 

 
ބޮޑުމަސް ނެރުމުގެ ހަރަކާތެއް. މިއީ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ރާއްޖެއިން ފެނުން މަދުވެފައިވާ ކުޅިވަރެއް.
ނޫމަރާގައި 1990ގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެން “ބޮޑުމަސްނެރުން” އޮތެވެ. ނަމަވެސް އޭގެފަހުން މިކުޅިވަރު މެދުކެނޑިފައި އޮތުމަށް ފަހު 2007 ގެ ޑިސެމްބަރު މަހުގެ ތެރޭގައި (ޛުލް ޙިއްޖާ 1428ގައި) “ބޮޑުޢީދު” ގެ ތެރޭގައި އަލުން ބޮޑުމަސްކުޅުން ވަނީ ފަށައިފައެވެ. މިއީ މިރަށުގައި ވަރަށް ފޯރިއާއެކު ކުޅެމުން ގެންދިޔަ އަދި މިހާރު ކުޅެމުންގެންދާ ސަޤާފީ ކުޅިވަރެކެވެ.
 

މީގެ އިތުރުން ބޮޑުމަސް ނެރުމާ އެއްކޮށް ނާބޭލުމަކީވެސް މިރަށުގައި ޒަމާނުއްސުރެ ކުޅެމުން އަންނަކުޅިވަރެކެވެ. ފިރިހެން ވެރިން ނާހަދާފައި ބެރުޖަހަމުން ނަށަމުން ނާ ގެންގޮސް މޫދުގައި އަޅާނެއެވެ. ދެން އަންހެންވެރިން ނާ ކަނޑަށް މޫދަށް އެރޭނެއެވެ. ނާ ކަނޑާ އަންހެން މީހާ ފާހަގަ ކުރުމަށްފަހު ފެންވަރުވާ ރީތިކުރާނީ ފިރިހެނުންނެވެ.

މަންޑިކުޅެނީ: މިއީ ޢީދުގައި ފިރިހެނުން ކުޅޭ ޚާއްސަ ކުޅިވަރެއް.
މިކުޅިވަރަކީ 1990 ގެ ކުރިން ކޮންމެ ޢީދެއްގައި ކުޅޭ ކުޅިވަރެކެވެ. އޭގެފަހުން މިކުލިވަރުގެ ފޯރިވަނީ މަޑުވަން ފަށާފައެވެ. މިކުޅިވަރު ކުޅުމަށްޓަކައި ފުރަތަމަ ދެބައަށް ބަހާލަނީއެވެ. އެއަށް ފަހު ފުރަތަމަ ހޮވަން ދާނެ ބަޔަކު ކަނޑައެޅުމަށްފަހު، ކުޅޭޓީމުން މަންޑި ފޯލިޖެހުން އޮންނާނެއެވެ. މިހެން ޖަހާ ފޯލިތަކުން ފޮއެއް ހިފުމުން ފޯލިޖަހާ ކުޅުންތެރިޔާ ނުބައިވީއެވެ. މިގޮތަށް މިޓީމުގެ ހުރިހާ ކުލުންތެރިން ނުބައިވުމުން ހޮވަންތިބި ޓީމަށް ކުޅުމުގެ ފުރުޞަތުލިބި ކުޅުނު ތީމު ޖެހޭނީ ހޮވާށެވެ.

އަންހެންވެރިން ފަނކުޅެނީ: މިއީ ޢީދުގައި ހުރިހާ އުމުރެއްގެ މީހުން ކުޅޭ ޚާއްސަ ކުޅިވަރެއް
ފަންކުޅުމަކީ ދެބައަކަށް ބަހާލުމަށް ފަހު ފަންކުޅޭ ބިމުގެ ދެކޮޅުގައި ޖަހާފައި ހުންނަ “ފަން” ދަނޑިއެއް ގައި އަތްލުމަށް މަސައްކަތް ކުރުމެވެ. އިދިކޮޅު މީހުންނަށް އަތުނުވެ ދަނޑީގައި އަތްލާފައި “ފަނޯ” ގޮވާލުމުން އެބަޔަކަށް ޕޮއިންޓް ލިބޭނެއެވެ. އަލުން ކުޅުންފަށާނީ ފަނޯ ގޮވިމީހައިގެ ގައިގައި އަތްލައިގެން “ފަން ނަގައިގެން” ނެވެ. އަބަދުވެސް އެންމެ ފަހުން “ފަން ނެގި މީހާ” ގައިގައި އަތްލައިގެން އެހެން މީހަކަށް ފަނަކަށް ވެވިދާނެއެވެ.
މިކުޅިވަރަކީ ވަރަށް ކުރިން ފެށިގެން ކުޅެމުން އަންނަ ހުރިހާ އުމުރެއްގެ މީހުންވެސް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް މިހާރު މިކުޅިވަރު އާއްމުކޮށްކުޅެނީ ޅަކުދިންނާއި މުސްކުޅިންނެވެ.

 
  
ބޮޑުބެރު ޖެހުމަކީ އޭރުވެސް މިހާރުވެސް އެންމެ ފޯރީގައި ކުޅޭ އެއް ކުޅިވަރެވެ. ބޮޑުބެރު ޖެހުމަށް ޚާއްސަ ގޮތެއްގައި މިހާރު ހަރަކާތްތެރިވަނީ ޒުވާން ކުދިންނެވެ. ގޭގޭގައި ޚިތާނުކޮށްގެން އުޅޭ އިރު ކުރީގައި މިކުޅިވަރު ކުޅުނު ނަމަވެސް މިހާރު ކުޅެނީ އާއްމުކޮށް ދެ އީދު ގައެވެ. މިކުޅިވަރަކީ ޢީދަށް ޚާއްޞަ ކުޅިވަރަކަށް މިހާރުވަނީ ވެފައެވެ.
ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރުތަކަކީ މިއީއެވެ .

ނޫމަރާ އަކީ މިއުޒިކަށް ލޯބިކުރާ ބަޔަކު އުޅޭރަށެކެވެ. މިކަން ފެށުނީ 1990 ގެ އަހަރުތަކުގައެވެ. އޭރު ރަށުގައި މިއުޒިކް ކުޅެނީ ރަށުގެ ދެ ޖަމިއްޔާއަކުންނެވެ. މިހާރު މިރަށުގައި އޮންނަނީ އެންމެ ޖަމިއްޔާއެކެވެ. ކޮންމެ ބޮޑު ޢީދެއްގައި އަމިއްލައަށް، ފިލަޔާ ތެޔޮ ހުސްކުރި ތާނގީ ބޭނުންކޮށްގެން ސްޓޭޖް އަޅައިގެން ޝޯކުޅެއެވެ. މިކަން ކުރަނީ ރަށުގައި އޮތް ހަމަ އެކަނި ޖަމިއްޔާ އެސޯސިއޭޝަން ފޯ ނޫމަރާ ޑިވެލޮޕްމަންޓްގެ ފަރަތުންނެވެ. 

 

ފުޓުބޯޅައާއި ވޮލީބޯޅައަކީ އެންމެ ގިނަ މީހުން ތަރުހީބުދޭ ކުޅިވަރެވެ. މި ދެކުޅިވަރު ދިރުވާ އާލާ ކުރުމުގެ ގޮތުން ސްކޫލުގެ ދަރިވަރުންގެ މެދުގައިވެސް މި ދެކުޅިވަރު ކުޅެއެވެ. އަދި ކޮންމެ އަހަރަކު ރަށުގެ ޒުވާނުންނަށް ހުލުވާލައިގެން ބާއްވާ ވޮލީ އާއި ފުޓްބޯޅާ މުބާރާތްތައްވެސް މިރަށުގައި ކުޅެމުން ގެންދެއެވެ.
 

މިރަށުގައި ހަދާފައިވާ ވޮލީ ކޯޓަކީ ރޭގަނޑުގައިވެސް ދިއްލައިގެން ވޮލީ ކުޅެވޭ ފެންވަރަށް ލައިޓިންގ ސިސްޓަމް ހަދާފައިވާ ވޮލީ ކޯޓެކެވެ. ފުޓް ބޯޅަ ދަނޑަކީވެސް އެކަށީގެންވާ ވަރަށް ލެވެލް ކޮށް ވިނަ ހައްދާފައިވާ ދަނޑެކެވެ.

  

 




#Article 389: ހޮޅުދޫ (ނ. އަތޮޅު) (148 words)


މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.ހޮޅުދުއަކީ އަތޮޅުގެ ހުޅަނގު ދެކުނުން ތަންކޮޅެއް އެތެރެއަށް ވަދެލާފައި އޮންނަ ރަށެކެވެ. ހޮޅުދޫގެ އާބާދީއަކީ 2023 އެވެ.

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

ހޮޅުދޫގެ ރައްޔިތުންނަކީ ޅަދަރީންނަށް ތަޢްލީމް އުގަންނައިދިނުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއްކޮށް ތަފާތުހޭދައެކަމަށްކޮށްގެން މެދުނުކެނޑި ދިގުމުއްދަތެއްވަންދެން ހޮޅުދޫގެ ރައްޔިތުންގެނަމުގައި ހޮޅުދު މޭނާސްކޫލް ހިންގުމުގެ ބުރަމަސްއޫލިއްޔަތު އަދާކޮށްފައިވާ ބައެކެވެ. އެހެންކަމުންމިހާރު އެސްކޫލަށް މިވަނީ މެދުނުކެނޑި 60 އަހަރުގެދިގު ރާސްތާއެއް ފަހަނައަޅާގޮސްފައެވެ. މިހާރު ހޮޅުދޫ މޭނާސްކޫލަކީ ސަރުކާރުގެ ޚަރަދުގައި ހިންގަމުންގެންދާ ސްކޫލެކެވެ. މިސްކޫލްގައި އަތޮޅުން ބޭރު ރަށްރަށުގެ ކުދިންނާއި، އަތޮޅުތެރޭގެ ވަރަށްގިނަ ރަށްރަށުގެކުދިން ތަޢްލީމް ޙާޞިލްކުރަމުން ގެންދާކަމީ މޭނާސްކޫލަށް ލިބޭވަރަށްބޮޑު ޝަރަފެކެވެ

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.ހޮޅުދޫގެ ތަރައްޤީއަށްޓަކައި? މަސްވެރިކަމާއި، ދަނޑުވެރިކަން، ގެދޮރު ޢިމާރާތްކުރުމާއި، ކޮންޓްރެކްޓް މަސައްކަތްކުރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޢުމުރުގެ މީހުން ހަރަކާތްތެރިވަމުން ގެންދެއެވެ

ހޮޅުދޫގައިހުރި ސަރުކާރުގެ މުހިންމު ޢިމާރާްތަކުގެ ތެރޭގައި ހޮޅުދޫ ސިއްޙީމަރުކަޒު، ހޮޅުދޫ މޭނާސްކޫލް، ހޮޅުދޫ ސްޓެލްކޯ އިންޖީނުގެ، ހޮޅުދޫ އޮފީހާއި، ހޮޅުދޫ ކޯރޓް،ހޮޅުދޫ ރަށްވެހިގެ ހިމެނެއެވެ.

ހޮޅުދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. ހޮޅުދޫއާއި އެންމެ ކައިރިއަށް އޮންނަނީ ފޮއްދޫއެވެ




#Article 390: މިލަދޫ (ނ. އަތޮޅު) (360 words)


މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ އަކީ އާބާދީގައި 1393 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 702 މީހުންނަކީ އަންހެނުން އަދި 691 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 904 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 63 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 151 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 81 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 176 ގޭގައެވެ.

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ޒަމާނުއްސުރެ މިލަދޫ އަކީ އެކުވެރި އެއްބައިވަންތަ ބައެއް އުޅޭ ރަށެކެވެ.

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.

މިރަށަކީ މިލަދުންމަޑުލު އެރަށަކަށް ނިސްބަތްކުރެވޭ ރަށެވެ. ރާއްޖޭގެ ވަރަށް ޤަދީމީ ރަށެކެވެ. މިރަށުގައިވެސް “ރެދިންގެ ގާފުނި” ކިޔާތަނެއް ހުއްޓެވެ. އެތަނުން އެކި ބޭނުމުގައި ގާ ނަގަނިކޮށް ގަލޮޅުގޭ އަލްފާޟިލް ޢަބްދުލް ޢަޒީޒްގެ އަތޮޅުވެރިކަމުގައި ހިރިގަލު ފޮށްޓެއްގެ ތެރޭގައި “ރަނުން ހަދާފައިއޮތް ހާލެއް” އޮތްވާފެނިގެން އެ ހާ މާލެ ގެނެވުނެވެ. އެ އުސްގަނޑު މަތީގައި ހުރި ބޮޑު ނިކަގަހެއް 1987މ ވަނައަހަރު ފުރޮޅާލައިގެން ވެއްޓުނުއިރު އިމާރާތްތަކެއްގެ ހުރަސްފާރާއި ދިގުފާރުފެނިފައި ވަނިކޮށް އެދުވަސްވަރު އެރަށަށް އެރި އުދައެއްގެ ސަބަބުން ގަސްވެއްޓުނުދިމާ ގޮނޑުދޮށް ގިރައިގެން ދިޔުމުން އެފާރުތައް ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. އެއިރު ޤައުމީ މަރުކަޒުގެ ޓީމެއް ލަންދޫގައި މަސައްކަތްކުރަމުން ދިޔައެވެ. އެ ޚަބަރު ލިބިގެން އެޓީމުގެ މެމްބަރުން މިލަދުއަށްގޮސް ބެލިބެލުމުގައި މިލަދޫގައިވެސް މޮނާސްޓްރީއެއް ހުރިކަން އެނގުނެވެ. އެ މޮނާސްޓްރީ ތަޅާލުމަށްފަހު އެރަށުގައި ޢިމާރާތްކުރެވުނު ކުޑަމިސްކިތްވެސް ހުރިކަން ފާހަގަކުރަމެވެ. މިއީ ވަރަށް ޤަދީމީ އާސާރީ މިސްކިތެއްކަން ޔަޤީނެވެ. (މިހާރު މި މިސްކިތްވަނީ ތަޅާލެވިފައެވެ.)

މިލަދުއަކީ ހޭލުންތެރި ތަނަވަސްބަޔަކު އުޅުނު ރަށެކެވެ. ނަމަވެސް އެއްޒަމާނެއްގައި ދެކޮޅުވެރިކަން އުފެދި ޝަރީއަތްތައް ގިނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައެވެ. މަޙުކަމަތުއްޝަރުޢިއްޔާގެ ބޮޑު ނާއިބެއް ކަމުގައިވާ އަލްމަރްޙޫމް ބޮޑުފެންވަޅުގޭ މޫސާދީދީގެ ޢިބާރާތުންނަމަ “މިލަދުއަކީ 18 ޢާލަމުން ޢާލަމެކެވެ.” ސަބަބަކީ އެރަށުމީހުންގެ މެދުގައި ޝަރީޢަތްތައް ގިނަވެފައި އެ ޤަޒިއްޔާތައް ހައްލުކުރުމަށް ދަތިކަމުންނެވެ. އެދުވަސްވަރު އަތޮޅުގައި މީހުންދިރިއުޅޭ 16 ރަށާއި މިލަދުއާއި ނުބައްދަލު ކަމަށްޓަކައެވެ. މިލަދުއަކީ މާލޭ ގަލޮޅުގޭ އަންނަބީލް މުޙައްމަދު ދީދީގެ ވިޔަފާރި މަރުކަޒެވެ. އެވިޔަފާރި ހިންގަނީ މިލަދޫ ހަސަންއެވެ. އަނެއްކޮޅުން އަތިރީގޭ ޕާޓީގެ ވެރިޔަކަށް ހުންނެވީ ރަށުގެ ޚަތީބު ކަލޭގެފާނެވެ. މިހެންވުމުން ރަށްއޮތީ ދެބައިވެފައެވެ. ކަންދިމާވަމުންދިޔައީ “ބޮޑުދެގެރި ތަޅާނަމަ ކަށްގަލަށް ބާރުކުރާނެއެވެ.” އެބުނާ ބުނުމާ އެއްގޮތަށެވެ.

ދެވަނަ ބޮޑުހަނގުރާމަ ފެށުނުއިރު އަތޮޅުން 2 ވަނައަށް އެންމެ މީހުން ގިނަ ރަށަކީ މިލަދުއެވެ. އޭރު ރަށުގައި މަހައްފުރާ އަދި މާލެ ދަތުރުކުރާ 32 ގަނޑެތި ހުރިކަމަށް ބުނެވެއެވެ. އަލްސުލްތާން މުޙައްމަދު މުޢިއްޒުންދީނުގެ ރަސްކަމުގެ (1187-1193ހ)ފަސްވަނަ އަހަރު “މުސްކުޅި އޮޅީ މުސްކުޅިކަމު” ހުންނެވި އަލްވަޒީރު މުޙައްމަދު ވެލާނާ ތަކުރުފާނު ، މިލަދޫ އައިމިނާބީ އަށާއި އޭނާގެ ދަރިންނަށް ހުއްދަކުރެއްވީ “ތަޅުދަނީ ރިހިކެވެލި އާއި އިނގިލީ ރަންމުދިއާއި ކަރުފަށްޓަރާއި ކަންފަތުރަންމުދި  އަދި އަތުކުރީ އުޅާ”އެވެ. އަދި މީގެ އިތުރުން “ބޮމާ ފޭލިގަނޑާއި ކުޑަކުދީން ގިލޭފައްޗާއި މުދިފަތި ،އުޅުބު ތުނިފޭލި،”ގޮންގެ” ދަމާދޮރު ،އެންދު އުނދޯލި ވައިފޭލި ” މިތަކެއްޗެވެ. ވީމާ މިލަދުއަކީ މުސްކުޅި އޮޅިންގެ ރަށެއްކަމަށް ވިސްނެއެވެ. އެދުވަސްވަރުގެ އާދަކާދައާއި އަދި ޢިބާރާތްކުރުމުގެ ހަމަ މިހުއްދަފަތުން ވަރަށް ސާފުކޮށް އެނގެއެވެ. 

މިލަދުއަށް ޚާއްޞަ ވެބްސައިޓެއް ޤާއިމް ކުރެވިފައި ވެއެވެ. ގެ ނަމުގައި ފެބްރުއަރީ 2012 ގައި ލޯންޗްކުރެވުނު މި ވެބްސައިޓްގެ އެޑްރެހަކީ  އެވެ.




#Article 391: މަތިވެރި (އއ. އަތޮޅު) (395 words)


މަތިވެރިއަކީ ދިވެހިރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން އަރިއަތޮޅުއުތުރުބުރީ ގެ ރަށެކެވެ. މިއީ އަރިއަތޮޅުއުތުރުބުރީގެ މީހުން ދިރިއުޅޭ 8 ރަށުގެ ތެރެއިން ރަށެކެވެ. މިރަށުގެ އާބާދީއަކީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް 939 އެވެ. މިރަށުގެ ބޮޑުމިނަކީ 21.4 ހެކްޓަރެވެ. މަތިވެރިއަކީ ދިވެހިރާއްޖޭގެ ހުޅަނގު ބިތުގައިވާ ރަށަކަށް ވާތީ މިއީވެސް ޤުދުރަތީގޮތުން ބޮޑު ފަޅެއްގެ ތެރޭގައިވާ ރަށެކެވެ.

ދިވެހިރާއްޖޭގެ އެހެން ހުރިހާ ރަށެއްވެސް ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވާތީ މަތިވެރީގެ ވެސް ރަށުގެ ކަންކަން ހިންގާ ބެލެހެޓުމުގެ އެންމެ އިސްފަރާތަކީ ކައުންސިލެވެ. މިހާރު މަތިވެރީގައި އިންތިޚާބުކޮށްފައިވާ 3 ވަނަ ކައުންސިލްގެ ރައީސަކީ އިސްމާޢީލް ޢާޠިފް އެވެ. ކައުންސިލްގެ ނާއިބް ރައީސަކީ ސަމާ ޢަބްދުލްޢަފޫރެވެ. ދެން ހިމެނޭ އަނެއް މެމްބަރަކީ އިލްޔާސް އިބްރާހީމްއެވެ.

މަތިވެރީގެ ޖުމްލަ އާބާދީއަކީ 2020 ވަނައަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް 991 މީހުންނެވެ. އާބާދީގެ %51.38 އަކީ ފިރިހެނުންނެވެ. %48.61 އަކީ އަންހެނުންނެވެ. ރަށުގެ ޖުމްލަ އާބާދީގެ %19.3 އަކީ ޒުވާނުންނެވެ. 2016 ވަނައަހަރު މަތިވެރީގެ އާބާދީއަށް އުފަންވެފައިވަނީ 20 ކުދިންނެވެ. މަތިވެރީގެ ބައިބޯމިނަކީ ހެކްޓަރަކަށް 40 މީހުންނެވެ.

މަތިވެރީގައި ޢާންމު އެއްގަމު ދަތުރުފަތުރުކުރުމުގައި ގިނައިން ބޭނުންކުރަނީ ބައިސްކަލާއި ސައިކަލެވެ. ރަށުން ބޭރަށް ދަތުރުކުރުމަށްޓަކައި ސަރުކާރުން ޤާއިމްކޮށްފައިވާ ފެރީގެ ނިޒާމާއި އަމިއްލަ ފަރާތްތަކުން ދެމުންގެންދާ ސްޕީޑް ލާންޗުތަކުގެ ބޭނުންކުރެވެއެވެ. ސަރުކާރުން ޤާއިމްކޮށްފައިވާ ފެރީގެ ނިޒާމްގެ ޚިދުމަތް މަތިވެރީގައި ދެނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (MTCC) އިންނެވެ. މި ނިޒާމްގެ ތެރެއިން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެވެއެވެ. އަދި ކޮންމެ ހޮނިހިރު، ހޯމަ، ބުދަ ދުވަހު މާލެ ދަތުރުކުރެވެއެވެ. އަދި މާލެއިން މަތިވެރިއަށް ކޮންމެ އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު ދަތުރުކުރެވެއެވެ. އަމިއްލަ ފަރާތްތަކުން ދެމުންދާ ސްޕީޑް ލާންޗުތަކުން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޮޑުފޮޅުދޫ، އުކުޅަސް އަދި ރަސްދޫއަށް ދަތުރުކުރެވެއެވެ. އަދި ކޮންމެ ދުވަހަކުވެސް 2 ގަޑިއެއްގައި މާލެ ދެވޭގޮތަށް ހަމަޖެހިފައިވާއިރު މާލެއިން ވެސް ކޮންމެ ދުވަހަކުވެސް 2 ވަގުތެއްގައި މަތިވެރިއަށް ދަތުރުކުރެވެއެވެ. މީގެ އިތުރުން ކައިރި ރިސޯރޓްތަކަށް ދަތުރުކުރާ މޫދުޖައްސާ މަތިންދާބޯޓުތަކުން މާލެ ދަތުރުކުރެއެވެ. އަދި ރިސޯރޓް ސަޕްލައިދޯނި ތަކުންނާއި ރަށުގެ މަސްދޯނިތަކުންވެސް މާލެދަތުރުކޮށް އުޅެއެވެ. ކައިރި ރަށްރަށަށާއި ރިސޯރޓްތަކަށް ދަތުރުކުރުމަށް ކުދި ލޯންޗު ފަހަރާއި ޑިންގީތަކުގެ ބޭނުންވެސް ކުރެއެވެ.

މަތިވެރީގައި ޞިއްޙީ ޚިދުމަތްދިނުމަށްޓަކައި ސަރުކާރުން ހިންގާ ޞިއްޙީމަރުކަޒެއް ހުރެއެވެ. ރަސްމީދުވަސްތަކުގައި (ހުކުރު، ހޮނިހިރު ފިޔަވައި) 16 ގަޑިއިރުގެ ޚިދުމަތްލިބޭ މިޞިއްޙީމަރުކަޒުން އާސަންދައާއި އެލައިޑް ހެލްތް އިންސުއަރެންސްގެ ދަށުން ބޭސްފަރުވާ ކުރެވޭއިރު އެސް.ޓީ.އޯގެ ބޭސްފިހާރައިން ބޭސް ލިބެއެވެ. ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީމަރުކަޒުގައި 1 މެޑިކަލް ޑޮކްޓަރު ހުރެއެވެ. ޞިއްޙީމަރުކަޒުން ޢާންމު ބަލިތަކަށް ފަރުވާ ދިނުމާއި ލެބޯޓަރީގެ ޚިދުމަތާއި ޞިއްޙީމަޢުލޫމާތު ދިނުމާއި މާބަނޑުމީހުންގެ ކްލިނިކާއި ގައިންގަޔަށް ނާރާބަލިތަކަށް ޚާއްޞަ ކްލިނިކާއި ކުޑަކުދިންގެ ހެދިބޮޑުވަމުންދާގޮތް ބެލުމާއި ޢާއިލާ ރޭވުމުގެ ޚިދުމަތްވެސް ހިލޭ ދެވެއެވެ.
މަތިވެރީގައި އެންމެ ޢާންމުކޮށް ފެތުރޭ ރޯގާތަކަކީ އަރިދަފުސްރޯގާއާއި ވައިރަލް ހުމެވެ. އަދި ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާވެސް އަހަރެއްގެ ތެރޭގައި 1 ފަހަރު ފެތުރެއެވެ. ޞިއްޙީގޮތުން ފާހަގަ ކުރެވޭ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމެވެ.

ތަޢުލީމްހާޞިލްކުރުމަށްޓަކައި ސަރުކާރުން ހިންގާ މަތިވެރީ ސްކޫލްގައި ޕްރީސްކޫލް އިންފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވާދެވޭއިރު ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތައް ހިމެނޭ އަމިއްލަ ޕްރީ ސްކޫލެއް (ހުސްނާ ޕްރީ ސްކޫލް) ގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި އަމިއްލަ ފަރާތްތަކުން ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގަމުންދެއެވެ.

މަތިވެރީގައި ޢާންމުކޮށް ކުޅޭ ކުޅިވަރުތަކަކީ ފުޓުބޯޅައާއި ފުޓްސަލްއާއި ބަށި އަދި ހޭންޑްބޯޅައެވެ. ފުޓުބޯޅަ ކުޅުމަށްޓަކައި ފުޓުބޯޅަދަނޑެއް އޮވެއެވެ. ނަމަވެސް ދަނޑުގެ ބިންގަނޑަކީ ވިނައިގެ ބަދަލުގައި މުރަކަ ވެލި ހުރުމުގެ ސަބަބުން ކުޅުމަށް ދަތިވުމުގެ ސަބަބުން ޒުވާނުން ފުޓުބޯޅައިގެ ބަދަލުގައި ފުޓްސަލްކުޅެމުންދާތީއާއި ރަށުފެންވަރުގެއާއި ޤައުމީ ފެންވަރުގެ މުބާރާތްތައް ކުޅެމުންދާތީ ޒަމަނީފެންވަރުގެ މަސްނޫޢީ ވިނަ ދަނޑެއް ހެދިފައިވެއެވެ.




#Article 392: އަލިފުށި (ރ. އަތޮޅު) (343 words)


އަލިފުއްޓަކީ ރާއްޖޭގެ 5ވަނަ އަތޮޅުގެ 1ވަނަ ރަށެވެ. މިރަށާ އެއްފަޅު ތެރޭގައި އެއްތިނގިލި ކިޔާ ފަޅު ރަށެއް އޮވެއެވެ. ދިވެހިރާއްޖެ ޖިއޮގުރަފީ ގޮތުން ބައިކުރި ކުރުމުގައި އަލިފުއްޓާ އެއްތިނގިއްޔާ ވަކި އަތޮޅެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ސިޔާސީ ގޮތުން ރާއްޖެ 20އަތޮޅަށް ބައިކުރުމުގައި އަލިފުށި ހިމަނާފައި ވަނީ އުތުރުން ފަސްވަނަ އަތޮޅު ކަމުގައިވާ މާޅޮސްމަޑުލު އުތުރުބުރި (ރ) ގައެވެ. މިރަށު ދެކުނުން އެންމެ ގާތުން މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ ވާދޫއެވެ. އަދި އަލިފުއްޓަށް ފެންނަފަށުގައި އަލިފުށިގެ އިރު އުތުރުން މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ (ށ)އަތޮޅު ކޮމަންޑޫއެވެ. އަލިފުއްޓާ އަތޮޅު ވެރިކަން ކުރާ އުނގޫފާރާ ދެމެދު ހުންނަނީ 45ނޯޓިކަލްމޭލެވެ. މިރަށުން އުގޫފާރަށް ދަތުރު ކުރާއިރު މަސްދީންޏެއްގާނަމަ 3ގަޑިއިރު އަދި ލޯންޗެއްގައި ނަމަ 35މިނެޓް ހޭދަވެއެވެ. މިރަށާ މާލެއާ ހުންނަނީ 150ނޯޓިކަލްމޭލެވެ. މާލެދަތުރުކުރާ ބޯޓެއްގައިނަމަ 18ގަޑިއިރު ލޯންޗެއްގައިނަމަ 4ގަޑިއިރު ހޭދަވެއެވެ. އަލިފުށިގެ ބޮޑު މިނަކީ އުތުރުން ދެކުނަށް 790މީޓަރެވެ. އިރުން ހުޅަނގަށް 1080މީޓަރެވެ. ރަށުގެ އާބާދީ އަކީ 2317 އެވެ. 1170ފިރިހެނުންނާ 1147އަންހެނުން ހިމެނެއެވެ. މިރަށުގައި ދިރިއުޅުމަށްޓަކައި 383 ގެ އިމާރާތް ކޮއްފާވެއެވެ. މީގެ އިތުރުން މީހުން އުޅެމުން ގެންދަނީ 325 ގޭގައެވެ. މިރަށުގައި 6 މިސްކިތާ 2 ސުކޫލާ ރަށު އޮފީސް އިމާރާތަކާ އިންޖީނުގެ އަކާ ސިއްހީމަރުކަޒަކާ ވަޑިން ތަމްރީން ކުރާ ސެންޓަރެއް ހުރެއެވެ. އަލިފުއްޓަށް 24ގަޑި އިރު ކަރަންޓް ހިދުމަތް ދެމުން ގެންދަނީ އަލިފުށި ވަޑިންގެ އެކުވެރި ޖަމުއްޔާ އިންނެވެ. ކަނޑުގައި ދުއްވާ އޮޑި ދޯނި ފަހަރު އެހެލާ ބޭލުމަށް އަލިފުށި ހީރާސްޕޯޓް ކުލަބުންނާ އަލިފުށި އިރުމަތި އަވަށު މިޔުޒިކަލް ސޮސައިޓީ ވަނީ ވިންޗް ބަހައްޓާ އެމަސައްކަތް ކުރެވޭނެގޮތް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މިދެ ޖަމުއްޔާއިން ރަށުގެ ދެފަރާތުގައި ކުނިބުނި އަޅާ ދެ ކުނި ކޮށިވަނީ ހަދާފައެވެ. އަލިފުށިގެ ރައްޔިތުން އާންމުގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ ކިއްސަރު ވަޑާމުގެ މަސައްކަތެވެ. މި މަސައްކަތަން ލިބިފާވާ ކާމިޔާބު ތަކަށް ބަލާއިރު ރާއްޖޭގެއި ހަދާފައިވާ މަސްދޯނި ފަހަރާ ކަނޑުގައި ދުއްވާ 80 އިންސައްތައަކީ މިރަށު ފަރުދުންގެ ހިއްސާ އޮވެގެން ހަދާފައިވާ އުޅަނދުފަހަރެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިދެންނެވެ މަސައްކަތް ރަށުގަ އާއި އަދި ރަށުން ބޭރުގައި ވެސް ކޮށް އުޅެއެވެ. މަސައްކަތުގެ ދާއިރާގައި އަންހެނުންގެ ދައުރަށް ބަލާއިރު މަސް ކައްކާ ހިއްކުމާއި، ފަންގިވިނުމާއި، ރޯނު ވެށުމާއި، ގޯތި ތެރޭގައި ދަނޑުވެރި ކަމުގެ ބާވަތްތަށް ހެއްދުމާއި، ފެހުމުގެ މަސައްކަތް ކުރާކަމަށް ފާހަގަކުރެއެވެ. މި މަސައްކަތްތަކުން އާއިލާތަކަށް ބޭނުންވާ އަސާސީ ހަރަދުތަށް ފުދޭވަރުގެ އާމްދަނީއެއް ލިބެއެވެ. (އަލިފުށިލައިވް)އޭއެލް

ރަށުގެ އާބާދީ އަކީ 2317 އެވެ. 1170ފިރިހެނުންނާ 1147އަންހެނުން ހިމެނެއެވެ.

އަލިފުށިގެ ރައްޔިތުން އާންމުގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ ކިއްސަރު ވަޑާމުގެ މަސައްކަތެވެ. މި މަސައްކަތަން ލިބިފާވާ ކާމިޔާބު ތަކަށް ބަލާއިރު ރާއްޖޭގެއި ހަދާފައިވާ މަސްދޯނި ފަހަރާ ކަނޑުގައި ދުއްވާ 80 އިންސައްތައަކީ މިރަށު ފަރުދުންގެ ހިއްސާ އޮވެގެން ހަދާފައިވާ އުޅަނދުފަހަރެވެ. މީގެ އިތުރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިދެންނެވެ މަސައްކަތް ރަށުގަ އާއި އަދި ރަށުން ބޭރުގައި ވެސް ކޮށް އުޅެއެވެ. މަސައްކަތުގެ ދާއިރާގައި އަންހެނުންގެ ދައުރަށް ބަލާއިރު މަސް ކައްކާ ހިއްކުމާއި، ފަންގިވިނުމާއި، ރޯނު ވެށުމާއި، ގޯތި ތެރޭގައި ދަނޑުވެރި ކަމުގެ ބާވަތްތަށް ހެއްދުމާއި، ފެހުމުގެ މަސައްކަތް ކުރާކަމަށް ފާހަގަކުރެއެވެ.




#Article 393: އިންނަމާދޫ (ރ. އަތޮޅު) (159 words)


މި ރަށަކީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

ރ.އަތޮޅު އިންނަމާދޫ ގެ އިގްތިސާދް ބިނާވެފައި އޮންނަނީ ވަޑާމުގެ މަސައްކަތުގެ މައްޗަސެވެ.މި ގޮތުން މުޅި ދިވެހި ރާއްޖެ އަށް ބަލާލިއަސް ކިއްސަރު ވަޑާމުގެ ފަންނުވެރިން އެންމެ ގިނައީ އިންނަމާދޫގައެވެ.ކުދި ކުދި މަސް ދޯނިން ފެށިގެން ބޮޑެތި ސަފާރީ ބޯޓް ފަހަރު ބަނުމުގެ މަސައްކަތް މި ރަށުގައި ކުރެވެއެވެ.ތަންކޮޅެއް އިހު ޒަމާނެއްގައި ބިންބި ފަދަ އެްޗެހި ހައްދައި އުޅުނަސް ފަހަކަށް އައިސް ދަނޑުވެރިކަމަކީ މި ރަށުގައި ފުޅާދާއިރާއެއްގެއި ކުރެވޭ މަސައްކަތެއް ނޫނެވެ.މަސްވެރިކަމަށް ބަލާއިރު، ނުވަދިހައިގެ އަހަރު ތަކާ ޖެހެހންދެން ރަށަކީ މަސްވެރި ރަށެކެވެ.މި ގޮތުން ފުޅާ ދާއިރާއްގައި މަހުގައި ލޮނު އެޅުމުގެ މަސަްކަތް ކުރިއެވެ.ނަމަވެސް މިހާރު މި ދާއިރާ ހީނަރު ވަމުން ގޮސް މަހަށް ދާ މީހުން ނާ ، މަސް ލާރި އަށް ހަދާ މީހުން ރަށުގައި މަދެވެ.ސަބަބެއް ކަމަށޤ ބެލެވެނީ ވަޑާން ކޮށްގެން ލިބޭ އާމްދަނީ ރަނގަޅުވުމެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ރަށު ރައްޔިތުން ސީދާ ގޮތުން ބައިވެރި ވާކަމަށް ފާހގަ އެް ނުކުރެވެއެވެ. ރަށް ކައިރީގައި ރިސޯޓް އެއް ނެތުމުން ކަމަށް ވެސް ވެދާނެއެވެ، ނަމަވެސް  ރިސޯޓް ތަކަށް ބޭނުންވާ ޑައިވިންގް ދޯނި ފަހަރާއި،ބޮއްކުރަޔާއި،ފެރީ އޮޑި ފަހަރު ގިނ އަދަދކަށް މި ރަށުގައި ބަނދެވޭ ކަން ފާހަގަ ވެއެވެ.




#Article 394: ދަރަވަންދޫ (ބ. އަތޮޅު) (490 words)


މި ރަށަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން ހަތަރު ވަނަޔަށް އެންމެ ބޮޑު ރަށެކެވެ. ދަރަވަންދޫ އަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫއން އަތޮޅުވެރިކަން ބަދަލު ކުރީ 4 ޖޫން 1962 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. ދަރަވަންދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. ދަރަވަންދޫއަށް ލަފާފުރުމަށް ބޭނުން ކުރާ ބަދަރު އޮންނަނީ ރަށުގެ އިރު އުތުރު ކަނާއި ދިމާލުގައެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ވަރަށް ރީތި ރަށެކެވެ. ދަރަވަންދޫއަކީ މަލަމަތި އެއްވަރު ރަށުގެ މެދުން ބޮޑު ނިކަގަހެއް ހުންނަ ރަށެކެވެ. ދަރަވަންދޫ އަކީ ރައްގިރުމުގެ މައްސަލަ ދިމާވެފައި އޮންނަ ރަށެކެވެ. 

ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދައްވުރެ ބޮޑީ މީހުން ދިރި ނޫޅޭ ވަލުގެ ސަރަހައްދެވެ.ދަރަވަންދޫގެ އެންމެ ބޮޑުމަގަކީ ދިގުމަގެވެ. އަދި އެމަގައް ބޮޑުމަގު އޭވެސް އެރަށުގެ މީހުން ކިޔައެވެ. އަދި ދަރަވަންދޫގެ މަގުތަކަކީ ޕްލޭން ކުރެވިގެން ހެދިފައިވާ މަގުތަކެކެވެ. 1950ގެ ތެރޭގައި މަލިން ދޮހުއްތުގެ އަތޮޅުވެރިކަމުގައި ދަރަވަންދޫގެ މަގުތައް ކޮށާ މަގުތަކަށް އަރާ ގެތައް ބަދަލުކޮށް މަގުތައް ސީދާކުރިއެވެ. ދަރަވަންދޫގައި އޮންނަ މަގުތަކުގެ ތެރެއިން ކުރިން ފެށިގެން މަޝްހޫރު މަގުތަކަކީ މަލަންމަގު، ބަނޑަހަމާމަގު، ހުވަދުމާމަގު، ދޭލިޔާމަގު، ކޯރުކެނޑިމަގު، ވަށާހިގާމަގު (ވަލުތެރޭގެ މަގެއް)އެވެ. ފަހުގެ މަގުތަކުގެ ތެރެއިން އާބާދުމަގު،އަމީނީމަގު ހިމެނެއެވެ.

ދަރަވަންދޫގައި އޮންނަ އާސާރީ ތަނެއް ކަމުގައި ތަރާގަނޑެއްގެ ވާހަކައަކީ އެރަށުގެ މީހުންތައްކާ ވާހަކައެކެވެ.. ފަހުން އެތަނުގައި އެރަށުގެ މީހުން ހަދާފައިވަނީ އިންޖީނުގެއެވެ. އެރަށުގައި ހުންނަ ބިބީ ޒިޔާރަތަކީ އެރަށުގެ މީހުންނަށް ވެސް އޭގެ ހަގީގަތް ނޭގޭ ޒިޔާރަތެކެވެ. އެތަނަކީ ނާމާން ތަނެއްގެ ގޮތުގައި ކުރިން އެރަށުގެ މީހުން ކިޔާއުޅެއެވެ. ދަރަވަންދޫގައި އޮންނަ ބޯފޮޅިކޭ އައިނުގަނޑަކީ އެރަށުގެ މީހުން ފުރޭތަ އަރާތަނެއްކަމުގައި ބަލައިގެން ކުރީ ޒަމާނުން ސުރެ އުޅުނު ތަނެކެވެ. އެއް ފަހަރަކު ދަރަވަންދޫއަށް ފުރޭތަ އަރައިގެން އެރަށުގެ މުދިން ކަލޭފާނު މަސްހޫރުނަމުންނަމަ މާމުދިން އަލިފުޅު އެފުރޭތަޔާއި ދިމާކޮށް ކިވެލި ކިޔަވާ އަދި މަސްދަތް ފިޔޮހިޖަހާ ފުރޭތަ މައިތިރި ކުރި ވާހަކައެއް އެރަށުގެ މުސްކުޅިވެރިން ކިޔާއުޅެއެވެ. މާމުދިން އަލިފުޅަކީ މުޅިރާއްޖެއަށް މަޝްހޫރު ޅެންވެރިޔާ ދަރަވަންދޫ ޔޫސުފް އަލިފުޅުގެ ބައްޕަކަމުގައި ބުނެއުޅެއެވެ. 

ދަރަވަންދޫ އަކީ ފެންމީރު އަދި ފެންތިލަ ރަށެކެވެ. ކޮންމެވެސް ވަރަކަށް ދަނޑު ގޮވާން ކޮށްލެވޭ ވަރަށް ބިންގަޑު ރަގަޅު ކަމުގައި ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދަރަވަންދޫގައެވެ. ދަރަވަންދޫގައި އެގްރިކަލްޗަރ މިނިސްޓްރީން ނާސަރީއެއް އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިންގިއެވެ. ދަރަވަންދޫގައި ކާށި މުޑުވައް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި ފުރަތަމަފަހަރަށް މެލޭޝިޔާކާށިގެ މުޑުވައް އާލާކުރި ރަށަކީ ދަރަވަންދޫއެވެ. 

ދަރަވަންދުގައި ރަސްމީ ތައުލީމު ދިނުމުގެ ނިޒާމެއް ފެށުނީ 1979 ވަނަ އަހަރު ދަރަވަންދޫގައި އިފްތިތާހުކުރެވުނު ދަރަވަންދޫ ޕްރައިމަރީ ސުކޫލެވެ. އެސުކޫލް ބ.އަތޮޅު ޕްރައިމަރީ ސުކޫލްގެ ނަމަށް ބަދަލުވެ އަދި 80ގެ ކުރީކޮޅު ބ.އަތޮޅުގައި ޖަޕާނުމިހުން އަޅާދިން ސުކޫލް ދަރަވަންދޫގައި އެޅުމަށްފަހު އެތަން ބ.އަތޮޅު މަދުރަސާގެ ނަމަށް ބަދަލުވިއެވެ. މިއަދު ބ.އަތޮޅުމަދުރަސާއިން ގްރޭޑް 10 ކިޔަވާދެއެވެ. ދަރަވަންދޫ ގައި ސިއްހީ ހިދުމަތްދޭ ތަނެއް ހެލްތް ޕޯސްޓުގެ ނަމުގައި ހަދާ ހިދުމަތް ދޭން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ދަރަވަންދޫގައި ރަށު އޮފީހާއި ކޯޓް ހަދާފައި ހުންނަނީ ކުރިން އަތޮޅުވެރިކަން ކުރި އިރު އަތޮޅުގޭގެ ގޮތުގައި ބޭނުންކުރި އަތޮޅުގޭގެ އިމާރާތުގައެވެ. ދަރަވަންދޫގައި ސުނާމީގެ ފަހުން ފެންޕްލާންޓެއް ބަހައްޓާފައި ހުރެއެވެ. 

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. އެވްރެޖްކޮށް ގައިގެ ހަން ކަޅު މީހުން ގިނައެވެ. މުސްކުޅިންނަށް ވުރެ ޒުވާން އުމުރު ފުރައިގެ ކުދިން ގިނައެވެ.ރަށުން އަރާ ބީރަށްޓެހިންނަށް ވަރަށް ހިތްހެޔޮ ބައެކެވެ. ދަރަވަންދޫގެ މީހުންގެ ތެރޭގައި އެންމެ ފާހަގަކޮށް ލެވެނީ ކުރީ ޒަމާނުން ސުރެ އެރަށުގެ މީސް މީހުންނަށް ކިޔާ ތަފާތު ނަންނަމެވެ.

ފާއިތުވެދިޔަ 20 އަހަރަށް ބަލާއިރު ދަރަވަންދޫގެ އާބާދީ 2 ގުނައަށްބޮޑުވެފައިވާކަމަށް ފާހަގަކުރެވެއެވެ. 2006 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ދަރަވަންދޫގެ ރަޖިސްޓްރީގައިވަނީ ޖުމުލަ 966 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 489 ފިރިހެނުންނާއި 477 އަންހެނުންނެވެ. މިހާތަނަށް ދަރަވަންދޫގައި ރަޖިސްޓްރީ ކުރެވިފައިވަނީ 234 ގޯއްޗެވެ. އަދި ރަޖިސްޓްރީ ނުކުރެވި މީހުންނަށް ދޫކުރެވިފައިވާ ގޯތީގެ ގޮތުގައި 70 ގޯތިވެއެވެ. ކުރިއަށް އޮތް 10 އަހަރަށް ބަލާއިރު މި ރަށުން އަދި 540 ގޯތި ދެވޭނެ ކަމަށް ލަފާކުރެވެއެވެ.

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. ފަންގިވިނުމަކީ ގިނަބަޔަކު ކުރާ މަސައްކަތެވެ. މިހާރު މަސްވެރިކަން ކުރާ ދޯންޏެއް ނޯވެއެވެ. އޭގެ ބަދަލުގައި ރިސޯޓުތަކުގައި ދުއްވާ ސަތިރިޖެހި ދޯނިފަހަރު ގެންގުޅެއެވެ. ގިނަޒުވާނުން މިހާރުކުރާ މަސައްކަތަކީ ޓްވަރިޒަމްގެ މަސައްކަތެވެ. ދަރަވަންދޫގައި ޓްވަރިސޓް ޝޮޕްތައް ވަރަށް ގިނައެވެ.
 




#Article 395: ކެންދޫ (ބ. އަތޮޅު) (481 words)


މި ރަށަކީ އާބާދީގައި 1300 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅުގެ އުތުރު ބިތުގައި އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ ދުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ކުޑަ ރަށެވެ. 

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މުސްލިމުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ އޮފީހެކެވެ. އެކިފަހަރުމަތިން މަރާމާތުކުރެވި ޚިދުމަތް މިހާރުވެސް ދެމުން ގެންދަނީ މިތަނުގައެވެ.ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުން އުފެދުމާއިއެކު މިއިދާރާގެ ޖާގާއިގެ ދަތިކަންވަނީ ވަރަށްބޮޑުވެފައެވެ. ރަށް ތަރައްޤީވަމުން އަންނަ ވަރަކަށް ރަށު ކައުންސިލް އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ފުޅާކުރަންޖެހިފައެވެ. އެގޮތުން 2013 ވަނައަހަރުން ފެށިގެން އައިޑީ ކާޑު ހެދުމުގެ މަސައްކަތްވެސް މިއިދާރާއިންކޮށްދެއެވެ.

ކެންދޫސްކޫލްގައި  ގްރޭޑް 10 ކިޔަވައިދެމުންގެންދެއެވެ. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެ އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަރަމުންނެވެ. ކެންދޫގައި އެއް ޕްރީސްކޫލް ުރެއެވެ. އެ ޕްރީ ސްކޫލް ހިންގަމުން ގެންދަނީ އަމިއްލަ ޖަމްއިއްޔާއަކުންނެވެ.

މިރަށުގައި ބަލިމީހުންނަށް ފަރުވާ ކުރުމަށްޓަކައި ސަރުކާރުން ހައްދަވައިދެއްވާފައިވާ ރަނގަޅު ފެންވަރެއްގެ ސިއްޙީ މަރުކަޒަކާއި ޑޮކްޓަރެއްގެ ޙިދުމަތް ލިބެން ހުރެއެވެ. 16ގަޑިއިރު ޚިދުމަތް ދެމުންގެންދާ މިމަރުކަޒުގައި ލެބޯޓްރީއަކާއި ބަލިމީހުން އުފުލުމަށްޓަކައި އެމްބިއުލާންސެއްގެ ޚިދުމަތްވެސް ދެއެވެ. މިރަށުގައި 2 ބޭސްފިހާރަ ހުރެއެވެ. 

މިރަށަކީ އިހުޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. ރާއްޖޭގެ އެކިހިސާބުތަކުން ދިވެހި ބޭސްކުރުމަށްޓަކައި ވަރަށް ގިނަ މީހުން ރަށަށް އާދެއެވެ.

ރަށުގެ ސާފުތާހިރުކަމާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ހިންގޭ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިން ރައްކާތެރިވާނޭ ގޮތްތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގައެވެ.

މި އީ ރާއްޖޭގެ ޤަދީމީ ތާރީޚީ ރަށެކެވެ. އެގޮތުން ކެންދޫ މަޝްހޫރުވެފައިވަނީ ރާއްޖެއިން ފުރަތަމަ އިސްލާމްވި ރަށުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި  ޔޫސުފް ބަރުބަރީ ފުރަތަމަ ވަޑައިގަތީ ކެންދުއަށެވެ.  ކެންދުއަށް ވަޑައިގެން ކެންދޫގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ރަށުގައި މަޑުކުރެއްވި ވަގުތު ކޮޅުގައި ނަމާދުފުޅު ކުރެއްވުމަށް ހުންނެވިތަން ނުވަތަ އެމަޤާމް ފާހަގަ ކުރުމުގެ ގޮތުން  ބިނާއެއްވަނީ ހަދާފައެވެ. އެތަނަށް ދީފާއިވާ ނަމަކީ (ތަބްރޭޒްގެފާނުގެ މާޤާމް)  މަގާންފުޅެވެ. އެއީ އެބޭކަލުގެ ހަނދާނުގައި ކެންދޫ ރައްޔިތުން ބިނާކުރެއްވިތަނެކެވެ. 

އެމަޤާމަކީ އެރަށު މީހުން ވަރަށް ހުރުމަތްތެރިކޮށްހިތާ ތަނެކެވެ. ތަބްރޭޒްގެ ފާނުގެ އަސްލު ނަންފުޅަކީ މައުލާނަލް ޙާފިޟު އަބުލްބަރަކާތު ޔޫސުފް ބަރުބަރީ ކަމުގައި އެވޭލާ ޒަމާނުއްސުރެ ދޫމަތިން ކިޔަމުން އަންނާތީ ، ދިވެހިރާއްޖޭގެ ކަންކޮޅުތަކުންވެސް މި ދެންނެވިގޮތަށް އެމަޤާމު މަޝްހޫރުވެފައިވެއެވެ. އެމަޤާމު ފުރަތަމަ ޢިމާރަތްކުރެވުނީ ކޮންދުވަސް ވަރެއްގައި ކަން ތާރިޚީ ގޮތުން އެނގޭކަށް ނެތެވެ. ވޭތިވެދިޔަ ދިގު ޒަމާންތަކުގައި އެމަޤާމް އެތައް ފަހަރަކު މަރާމާތުކޮށް އައު ކުރެވިފައިވެއެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ކެންދޫގެ ރައްޔިތުންނެވެ.  ކެންދޫގައި ހުންނަ އިސްވެދެންނެވުނު މަޤާމުފުޅަކީ ތާރިޚީ ގޮތުން މުޚިއްމު ތަނެއްގެ ގޮތުގައި ސަރުކާރުން ބައްލަވާ ތަނަކަށް ނުވާކަމާއި ، ރާއްޖޭގައި ހުރި އާސާރީ ތަންތަންކަމަށް ސަރުކާރުން ބައްލަވާ ތަނުގެ ލިސްޓްގައި ހިމަނުއްވާފައިވާ ތަނަކަށް ނުވާތީ 2000 ވަނަ އަހަރުގެ ފަހުން އެމަޤާމުފުޅު ބެލެހެއްޓުން ކެންދޫގެ ރައްޔިތުންވަނީ ދޫކޮށްލައްވާފައެވެ.އެހެން ނަމަވެސް މަޤާމުފުޅު ބައުވެ ވީރާނާ ވަމުންދެއެވެ.

މިރަށުގައި މިހާރު ތިބި މީހުންގެ ތެރޭގައި ލުންފަރެންސް ފަޅުކޮށްފައި ފޭބި މީހުން ހިމެނެއެވެ. ރާއްޖޭގައި ރަސްކަން ކުރި  މާލެއި އާއިލާގެ ރަސްކަމުގެ ތެރޭން މި ރަށުގެ ބޭކަލުން ވަޒީރުންގެ ތިއްބެވިއެވެ.އަދި ބައެއް ބޭކަލުން އެ އާއިލާގެ ބޭފުޅުން ކައިވެނި ބައްލަވައިގެން އުޅުއްވިކަންވެސް އެނގެއެވެ. މި ބޭކަލުންގެ ތެރޭގައި  ކެންދޫ ވެންގެ ހެލި ކަލޯ  ހިމެނެއެވެ.

ރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ފަންގިވިނުމެވެ. ރަށުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވުރެ ގިނައީ ކައިރި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ރޭނުމާއި ވަޑާމުގެ މަސައްކަތަކީވެސް މިރަށުގައި މީގެ ކުރީގައި ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކޮށްއުޅުނު މަސައްކަތްތަކެއް ނަމަވެސް މިހާރު މިމަސައްކަތްތަކުގައި ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ. މަސްވެރިކަން ކުރަނީ މޫސުމަށް ބަލައި އެއިރެއްގައި އޮންނަ އެންމެ ރަނގަޅަށް ނަފާ ލިބޭ މަސްވެރިކަމެކެވެ. އެގޮތުން އެކިދުވަސްވަރު ބޮޑުކަންނެލީގެ މަސްވެރިކަމާއި، ހިބަރުވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ކުރެއެވެ.ގިނަމީހުން ކޮށްއުޅެނީ ފަރުމަހުގެ މަސްވެރިކަމެވެ. މަހުގެ ވިޔަފާރިއާއި ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއްވެސް ދިރިއުޅޭ މިރަށުގައި މާލެދަތުރުކުރާ ބޮޑު ބޯޓަކާއި މީހުން މާލެއާ ރަށާދެމެދު ދަތުރުފަރުތު ކުރުމަށް އަމިއްލަފަރާތެއްގެ ފެރީ ލޯންޗެއްގެ ޚިދުމަތްވެސް  ލިބެއެވެ. މީގެ އިތުރުންވެސް އެއްރަށުން އަނެއްރަށަށް ފަސިންޖަރުން އުފުލައިދޭ އަމިއްލަ ފަރާތްތަކުން ޙިދުމަތްދޭ ލާންޗްތައް ހުރެއެވެ.

ކެންދޫއަކީ އިގްތިސާދީގޮތުންނާއި އުމްރާނީގޮތުންވެސް ކުރިއަރަމުން އަންނަ ބިންކުޑަ މިދެންނެވިފަދަ ހުރިހާ މަސައްކަތްތަކެއްވެސް ކުރަމުން އަންނަ ހަލަބޮލި ރަށަކަށްވާއިރު ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ރަށުގައި ދިރިއުޅެން ޒުވާނުންނަށް ގޯތިނުލިބުމެވެ.




#Article 396: ކުރެންދޫ (ޅ. އަތޮޅު) (117 words)


މި ރަށަކީ ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.

މި ރަށުގެ ނަމަކީ ކުރެންދޫ ނަމަވެސް، ކޮންމެވެސް ޒަމާނެއްގައި މި ނަމަށް ލޯ އިތުރުކޮށް ލޯކުރެންދޫ ކިޔަން ފަށައިފައިވެ އެވެ. ކުރެންދޫގެ ނަމަށް މި ނަންއިތުރު އެއްކުރެވުނު ސަބަބަކީ، އެ ރަށުގައި ހުންނަ އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީގެ ޒިޔާރަތުގެ ފުރާޅުގައި ލޯޖަހާފައި ހުންނާތީ ކަމަށް ތާރީޚު ދިރާސާކުރައްވާ މުހިންމު ފަރާތަކުން މަޢުލޫމާތު ދެއްވި އެވެ.

އެވޭލާ ޒަމާނުގައި މިރަށަށްވެސް ކިޔައިއުޅުނީ ކުރެއްދޫ (ކުރެދި ހެދިފައިވާ ރަށް) ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފާދިއްޕޮޅުގައި އެހެން ކުރެއްދުއެއް އޮތުމާ އެކު، ދެރަށް ވަކިކުރުމުގެ ބޭނުމުގައި އެއް ރަށުގެ ނަމަށް ނަންއިތުރެއް އިތުރު ކުރަންޖެހުނީ ނޫންބާވައޭ މިއީވެސް އުފެދޭ ސުވާލެކެވެ.

މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.

 




#Article 397: ނައިފަރު (ޅ. އަތޮޅު) (195 words)


މި ރަށަކީ ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.  މިރަށުގައިވާ އެންމެ ފާހަގަ ކުރެވޭ ކަމަކީ ވާހަކަ ދައްކައި އުޅޭ ބަހުރުވައެވެ. 

މި ރަށް އޮންނަނީ އުތުރު ޢަރުޟުން 5.444 ދަރަޖަ، އިރުމަތީ ޠޫލުން 73.366 ދަރަޖައިގައެވެ. ރަށް އޮންނަނީ ޅ. އަތޮޅުގެ ހުޅަނގުބިތުގައެވެ. ރަށުގައި ކުޅި، ކަނޑޫފާ ފަދަ ތަންތަނެއް ނުހުރެއެވެ. އަދި ގަސްބޯ ޖަންގައްޔެއްވެސް ނުވެއެވެ. ރަށުގެ ބޮޑުމިނަކީ 55.5 ހެކްޓަރެވެ. އެއީ ރަށުގެ ފަޅުން އެކިދުވަސްވަރު ހިއްކައިގެން ބޮޑުކުރެވިފައިވާ ބައިތައް ހިމަނައިގެންނެވެ. ގުދްރަތީ ގޮތުން އުފެދިފައިވާ ބައިގެ ބޮޑުމިނަކީ ގާތްގަނޑަކަށް 15 ހެކްޓަރެވެ. ރަށުގެ ބިންފުރުމުގެ ސަބަބުން ބާޑީ ދޫކޮށްގެން ރަށުގެ އެކި ދިމަދިމާއިން އަމިއްލަ މީހުންގެ މަސައްކަތުން ހިއްކަމުން ގެންދަނިކޮށް 1991 ހިސާބުގައި ރަށުގެ ފަޅު ފުންކުރިއިރު ނެގި ފަސް އަޅައިގެން ބައެއް ދިމަދިމާއިން ރަށަށް ބައިތައް އިތުރު ކުރެވުނެވެ. އެހައިތަނަށް ރަށުގެ ބޮޑުމިން 22 ހެކްޓަރު ހަމަވެއްޖެއެވެ. މިހެން އޮއްވާ 2003 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. 2005 ނިމުނުއިރު ރަށުގެ ބޮޑުމިން 53 ހެކްޓަރު ހަމަވެއްޖެއެވެ. އެއަށްފަހު 2012 ވަނަ އަހަރުން ފެށިގެން ރަށުގެ އާ ބަނދަރު ހެދުމަށާއި ކުރީގެ ބަނދަރު މަރާމާތުކޮށް އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ ސަބަބުން ރަށުގެ ބޮޑުމިން 55.5 ހެކްޓަރަށް އިތުރުވީއެވެ.

ނައިފަރުގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީއަކީ 2015 ގެ ނިޔަލަށް 5210 އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެގި ބޯހިމެނުމުގެ ހިސާބު ދައްކާ ގޮތުން ނައިފަރުގައި ދިރިއުޅެނީ 4141 މީހުންނެވެ. ރަށުގެ ގިނަބަޔަކު ވަޒީފާ ހޯދުމަށާއި ދަރިންނަށް ކިޔަވައިދިނުމަށް މާލޭގަޔާއި ރިސޯޓްތަކުގައި ދިރިއުޅެއެވެ.

އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ރޭނުމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.




#Article 398: އިރު (185 words)


އިރަކީ ސޯލާ ސިސްޓަމްގެ މެދުގައިވާ ތަރިއެވެ. އިރުގެ ބޮޑުބައި ބިނާވެގެން ވަނީ ހައިޑްރިޖަން އާއި ހީލިއަމް ގެ މައްޗަށެވެ. އިރު އަކީ އިރުގެ ނިޒާމްގައިވާ ޕްލެނެޓް ތަކަށް އައްޔާއި ހަކަތަ ފޮނުވައިދޭ މައިގަނޑު ވަޞީލަތެވެ. ކާއިނާތުގައިވާ ޕްލެނެޓް ތަކަކީ އޭގެ އަމިއްލަ ޒާތުގައި ފިނިތަންތަން ކަމަށްވުމުން އެޕްލެނެޓް ތަކުގައި ކާއިނާތު ދިރިއުޅުމަށްޓަކައި ބޭނުންވާ ހަކަތަ އާއި އަލި ލިއްބައި ދިނުމުގެ ވަޞީލަތަކީ މިފަދަ ތަރިތަކެވެ. އިރަކީ ދުނިޔެއާއި 150 މިލިއަން ކިލޯ މީޓަރު ދުރުގައިވާ ތަރިއެކެވެ. 

ދުނިޔެއާ އަޅާބަލާއިރު އިރަކީ ވަރަށް ބޮޑު އެއްޗެއް ކަމަށްވިޔަސް ބައެއް އެހެން ތަރިތަކާއި އަޅާބަލާއިރު އިރަކީ ވަރަށް ކުޑަ ޖިސްމެކެވެ. އިރުގެ ޑައިމީޓަރަކީ ގާތްގަނޑަކަށް 1392000 ކިލޯ މީޓަރު އެވެ. މިއީ ބިމުގެ ޑައިމީޓަރުގެ 109 ގުނަ އެވެ. އިރުގެ މެދުގައި ހުންނަ މައިގަނޑު ގޭހަކީ ހައިޑްރިޖަން އެވެ. އިރުގެ މެދަކީ އަބަދާ އަބަދު ހިގަމުންދާ ނިއުކްލިއަރ ރިއެކްޝަން ތަކުގެ ސަބަބުން ދުނިޔޭގައިވާ ހުރިހާ އެއްޗެއް އަންދާލުމުގެ ގަދަފަދަ ހޫނު މިނެއް ލިބިގެންވާ ތަނެކެވެ. އިރުގެ މެދުތެރޭގެ ހޫނުމިނަކީ 1400000 ޑިގްރީ އެވެ. އިރުގެ ކައިރިފަށަށް ކިޔަނީ ފޮޓޯސްފެއަރ އެވެ. މިއީ އިރުގެ އެތެރޭ ބަޔަށްވުރެ މާފިނި ތަނެކެވެ. 

ބިމަށް ދަމާބާރު ނުވަތަ ގްރެވިޓީގެ ގާނޫނުގެ ދަށުން އެޓަމްގެ އިލެކްޓްރޯން ތައް ހުންނަނީ އޭގެ ނިއުކްލިއަސް އާ ގުޅިފައެވެ. ހަމަ މިބީދައިން ޕްލެނެޓްތައް ވަނީ އެއްވެސް އެއްޗެއް އެއާއި އެއްކިބާ ނުވާ ފަދައިން އިރާއި ގުޅިފައެވެ. އިރަކީވެސް އެތައް ބިލިއަން ތަރިތަކެއް ގުޅިގެން އުފެދިފައިވާ ގެލެކްސީއެއްގެ މެންބަރެއް ކަމުން އެހެންތަރިތަކާ އެއްފަދައިން އޭގެ ނާރެހުގައި އެބުރެމުން ދެއެވެ. އިރު މިގޮތަށް އޭގެ ނާރެހުގައި އެބުރުމަށް 25 ދުވަސް ނަގައެވެ. ސައިންސްވެރިން މިދުވަސްތައް މިން އަޅާބަލަނީ އިރުގެ މޫނުމައްޗަށް އަރާ ހުރަަސްކުރަމުންދާ ސަންސްޕޮޓް ތަކުގެ ހަރަކާތް ތަކުންނެވެ. 




#Article 399: ގިނިހިލަ (245 words)


މަދުނަބަކީ އިރަވީ ނިޒާމުގައި އިރުގެ ވަށައިގެން ބައެއް ފަހަރު ދަތުރު ކުރާ ކުޑަ ޒާތެކެވެ. ސައިންޓިސްޓުން ގިނިހިލައަކީ ކޮބައިކަން ދިރާސާކުރަންފެށީ 1500 އާއި 1600 ގެ އަހަރުތަކުގެ ތެރޭގައެވެ. އެމީހުންނަށް އެގުނުގޮތުގައި ގިނިހިލައަކީ ޖައްވުގެ ތެރޭގައިވާ އެހެންނަމަވެސް އެޓްމޮސްފެއަރގައި ނުހިމެނޭ ޖިސްމުތަކެކެވެ.

އިގިރޭސިވިލާތުގެ އެސްޓްރޯނޯމަރ އެއްކަމުގައިވާ އެޑްމަންޑް ހާލީ ކުރެއްވި ދިރާސާތަކަކުން އެގޭގޮތުގައި ގިނިހިލައަކީވެސް އިރުގެ ވަށައިގެން ދައުރުކުރާ އެއްޗެކެވެ. މީވާ މިފަދަހިލަތައްވެސް އޭގެ އޯބިޓްގައި ދައުރުކޮއްކޮށް ހުންނާނެއެވެ. މިކަންއޭނާ ދެނެގަތީ 1680 ގައި ފާޅުވި ގިނަހިލައެއް ދިރާސާކުރުމުންނެވެ. އޭނާ ބަޔާންކުރާގޮތުގައި 1607 ގައާއި 1531 ގައިވެސް ފާޅުވެފައިވަނީ ހަމަ މިގިނިހިލައެވެ. ހާލީ ބަޔާންކުރެއްވި ގޮތުގައި މިކޮމެޓް އަލުން 1758 ހާހިސާބުގައި އަލުންފާޅުވާނެއެވެ. އެކަންވީ ވެސް ހަމައެހެންނެވެ. ހާލީ ކޮމެޓްގެ ނަމުން ނަންދެވުނު މަޝްހޫރު ކޮމެޓަކީމިއެވެ.

ހާލީކޮމެޓް އޭގެ އޯބިޓްގައި ދަތުރުކުރާއިރު އިރާއި އެންމެ ކައިރިއަށް އަންނަނީ ކޮންމެ 76 އަހަރަކުން އެއްފަހަރުއެވެ. މިކޮމެޓް އެންމެ ފަހުން ފެނިފައިވަނީ 1986 ގައެވެ.

މިހާރު ސައިސްޓުން ގިނިހިލަ ނުވަތަ ކޮމެޓާއި އެހެންހެން ވެސް ޖައްވުތެރޭގައި ހިމެނޭ ޖިސްމުތައް ދިރާސާކުރަނީ ސްޕޭސް އުޅަނދުތަކާއި ޓެލެސްކޯޕުގެ އެހީގައެވެ. ވީމާ އެއެއްޗެތީގައި އެކުލެވޭ މާއްދާތަކާއި، އެއުފެދޭގޮތާއި އޭގެދަތުރުކުރުން ދިރާސާކުރަން ފަސޭހަވާނެއެވެ.

ކޮމެޓްގައި މައިގަޑު ތިންބައި އެކުލެވޭނެއެވެ. އެއީ އޭގެ މަރުކަޒު އުފެދިފައިވާ ހިލައާއި އައިސް، އޭގެ ވަށައިގެން އުފެދިފައިވާ ގޭހުގެ ވިލާގަޑާއި، އޭގެ ފަހަތުން ފެންނަންއޮންނަ ނިގުލެވެ. ބައެއް ކޮމެޓްތަކުގައި އެއްނިގުލައްވުރެ ގިނަ ނިގޫލާފާއި ހުއްޓާވެސް ފެނިދާނެއެވެ. މިނިގޫ އަބަދުވެސް އިންނާނީ އިރާއި ދުރަށެވެ.

ސައިންސްވެރިން ގަބޫލުކުރާގޮތުގައި ކޮމެޓް އަންނަނީ ސޯލާސިސްޓަމްގެ ބޭރުން ކޫޕަރބެލްޓް އާއި އޫޓް ކްލައުޑް އޭ ކިޔޭ ތަނަކުންނެވެ. މިއީ ހިލައާއި އައިސްގެ އެތިގަޑު ތަކަކުން އުފެދިފައިވާ ތަނެކެވެ. އިރުގެ ވަށައިގެން ދައުރުކުރުމަށް 200 އަހަރަށްވުރެ މަދުން ގަނާ ކޮމެޓް އަންނަނީ ކުއިޕަރ ބެލްޓުން ވަކިވެގެންނެވެ. ކުއިޕަރ ބެލްޓް އޮންނަނީ ޕްލަނެޓް ނެޕްޓޫންގެ ފަހަތުގައެވެ. އަދި އިރުގެ ވަށައިގެން އޯބިޓްކުރުމަށް 200 އަހަރަށްވުރެ ގިނައިން ނަގާ ކޮމެޓްތައް އަންނަނީ އޫޓް ކްލައުޑުންނެވެ. އޫޓް ކްލައުޑް އޮންނަނީ ސޯލާ ސިސްޓަމްގެ ބޭރުގައި ޕްލަނެޓް ޕުލޫޓޯގެ ފަހަތުގައެވެ.

އެސްޓްރޯނޯމަރސް ގަބޫލުކުރާ ގޮތުގައި ކޮމެޓްތައް އުފެދިފައިވަނީ 5 ބިލިޔަން އަހަރުކުރިން ސޯލަރސިސްޓަމް އުފެދުމާއި ގުޅިގެން އޭގެފަހުންނެވެ. ސޯލާ ސިސްޓަމް އުފެދުނުއިރު ވަރަށް ފިނިކޮށް އޮތް ޖައްވުގެ ތެރޭގައި އޭގެ ފަހަތުން ދޫކޮއްލާފައިވާ ހިރަފުހާއި ހިލައާއި ގޭހުގެ ބާކީއިން ކޮމެޓްތައް އުފެދިފައިވެދާނެ ކަމުގައި ސައިންސްވެރިން ގަބޫލުކުރެއެވެ. 




#Article 400: ރަތް ކަނޑު (292 words)


ރަތް ކަނޑު އޮންނަނީ އޭޝިޔާ ބައްރާއި އެފްރީކާ ބައްރުގެ ދެމެގައެވެ. ރަތް ކަނޑުގެ އައްސޭރިއަށް ބޯޑަރު ކުރެވިފައިވާ ބޮޑެތި ގައުމުތަކުގެ ތެރޭގައި މިޞްރު އަދި ސަޢޫދީ އަރަބިއްޔާ ހިމެނެއެވެ. ރަތް ކަނޑު ދެކުނުން ގުޅިފައިވަނީ އިންޑިޔާ ކަނޑާއެވެ. އެއީ ބާބު އަލްމަންދިބް އަދި އަދަން ކަނޑު އޮޅި އޮތް ހިސާބުންނެވެ. އުތުރުން ނިމިފައިވަނީ އަގަބާ ކަނޑު އޮޅި އަށާއި ސުއޭޒް ކަނޑު އޮޅި އަށެވެ. ސުއޭޒް ކަނޑުއޮޅި ނިމޭ ހިސާބުގައިވަނީ މެދުތެރޭ ކަނޑާއި ރަތް ކަނޑު ގުޅުވައިދޭ ސުއޭޒް ކެނަލް އެވެ. 

ރަތް ކަނޑުގެ ބޮޑު މިނުގައި 174،000 އަކަ ކިލޯ މީޓަރު ހުރެއެވެ. ދިގުމިނުގައި 1200 މޭލު ހުންނައިރު އެންމެ ފުޅާ ހިސާބުގެ ފުޅާ މިނުގައި 190 މޭލު ހުރެއެވެ. ރަތް ކަނޑުގެ އެންމެ ފުންކަމަށް ބެލެވޭ ސެންޓްރަލް މީޑިއަން ޓްރެންޗް އޭ ކިޔާ ހިސާބުގެ ފުންމިނުގައި 8200 ފޫޓް ހުރެއެވެ. އަދި އެވްރެޖް ފުންމިން އުޅެނީ 1640 ފޫޓް ގައެވެ. 1000 އަށްވުރެ ގިނަ ދިރޭ ތަކެތީގެ ބާވަތްތަކާއި 200 އަށްވުރެ ގިނަ މުރަކައާއި ގަލުގެ ބާވަތްތައް ރަތް ކަނޑުގެ ދިރުމުގައިވާ ކަމަށް ބުނެވެއެވެ. ރަތްކަނޑަކީ ގްލޯބަލް 200 ހިމެނޭ އިކޯ ރީޖަން އެކެވެ. 

ރަތް ކަނޑު މިނަމާއި އެކަނޑުގެ ފެންގަނޑުގެ ކުލައާ ގުޅުމެއް ނެތެވެ. ސަބަބަކީ ރަތް ކަނޑުވެސް އޮންނަނީ އެހެން ކަނޑުތަކެކޭ އެއްގޮތަށް ނޫކުލައިގައި ކަމަށްވާތީ އެވެ. ބައެއް މީހުން ބުނާގޮތުން ރަތް ކަނޑޭ ކިޔެނީ މޫސުމުގެ ވަކި ދުވަސްވަރެއްގައި ރަތް ކަނޑުގެ އައްސޭރި ފަށަށް ލައްގާ ޓްރައިކޯޑެސްމިއަމް އެރީތްރިއަމް އޭ ކިޔޭ ސިއެނޯބެކްޓީރިއާ އެއްގެ ސަބަބުންނެވެ. އަނެއް ބަޔަކު ބުނާގޮތުން ރަތް ކަނޑު މިނަން ގުޅިފައިވަނީ ރަތްކަނޑުގެ ވަށައިގެން އައްސޭރި ފަށުން ފެންނަށް ހުންނަ ރަތްކުލައިގެ ފަރުބަދަ ތަކާއެވެ. 

އިބްރީ ބަހުން ޔާމް ސަފް ގެ މާނައަކީ ރީޑް ސީ އެވެ. އަދި މިބަސް ގްރީކް ބަހަށް ތަރުޖަމާ ކުރެވިފައިވަނީ އެރިތްރާ ތަލައްސާ މިހެންނެވެ. މާނައަކީ ރަތް ކަނޑު މިއެވެ. މިހާރުގެ އިބްރީ ބަހުގައި ރަތްކަނޑަށް ޔާމް ސަފް މިނަމުން މުޚާތަބު ކުރެވެއެވެ.

ރަތް ކަނޑު ފުރަތަމަ ހޯދައި އެތަން ބަލައި ހެދި މީހުންނަކީ ގަދީމީ ޒަމާނުގެ މިޞްރު މީހުން ކަމަށްވަނީ ގަބޫލު ކުރެވިފައެވެ. ރަތްކަނޑު އޮތް ސަރަހައްދާއި މެދު ޔޫރަޕްގެ މީހުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެދިގެން އައީ މީލާދީގެ 15 ވަނަ ގަރުނުގެ ފަހުންނެވެ. ރަތް ކަނޑާއި މެދުތެރޭ ކަނޑު ގުޅުވައިދޭ ސުއޭޒް ކެނަލް ފުރަތަމަ ހުޅުވާފައިވަނީ 1869 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެދުވަސްވަރު ފަރަންސޭސި ވިލާތް، އިގިރޭސި ވިލާތް އަދި އިޓަލީ ވިލާތުގެ މުދާ އުފުލާ އުޅަދުތައް ސުއޭޒް ކެނަލް ހުރަސްކޮށް ދަތުރު ކޮށްފައި ވެއެވެ. 1967 ވަނަ އަހަރު މިޞްރާއި އިސްރާއީލާއި ދެމެދު ކުރެވުނު 6 ދުވަހުގެ ހަގުރާމަ އަށްފަހު 1975 ވަނަ އަހަރާއި ޖެހެންދެން ސުއޭޒް ކެނަލް އޮތީ ބަންދުކޮށްފައެވެ. 




#Article 401: ޑެޑްސީ (238 words)


މިއީ ދުނިޔޭގައިވާ އެންމެ ލޮނުކަން ގަދަ ކަނޑެވެ. މިއީ އިސްރާއީލާއި އުރުދުން އާއި ދެމެދު އޮންނަ ފެންލޮނު ކުޅިއެކެވެ. މަރު ކަނޑުގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ބިމުގައިވާ އެންމެ ތިރި ހިސާބު އެވެ. މިތަން އޮންނަނީ ކަނޑުގެ ސަތަހައަށްވުރެ 1371 ފޫޓް އަޑީގައެވެ. ނުވަތަ ތިރީގައެވެ. މިއީ ލޮނުފެން އެކުލެވޭ އެންމެ ބޮޑު ކުޅި އެވެ. މިއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ލޮނުކަން ގަދަ ފެން އެކުލެވޭ ތަނެވެ. ފެނުގެ ލޮނުމިން 30 އިންސައްތަ މިތަނުގައި ހުންނައިރު ސައިންސްވެރިން ބުނާގޮތުން އެއީ އާދައިގެ ކަނޑުތަކުގެ ލޮނުކަމަށްވުރެ 8.6ގުނަ އިތުރު އަދަދެކެވެ. ޑެޑްސީ ގެ ދިގުމިނުގައި 42 މޭލު އަދި ފުޅާމިނުގައި 11 މޭލު ހުރެއެެވެ. އުރުދުންގެ ރިފްޓް ވެލީ ގައި އޮންނަ ޑެޑްސީ ބެހިގެންދާ މައި ގޮތްޕަކީ އުރުދުން ކޯރެވެ. 

ޑެޑްސީ އަކީ މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ އަހުލުވެރިން ވަރަށް ކުރިއްސުރެ ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބޭނުންކުރެވެން ފެށުނު ޞިއްޙީ ރިސޯޓް ތަކުގެ ތެރޭގައި ޑެޑްސީގެ އައްސޭރީގައި ހެދިފައިވާ ރިސޯޓްތައް ހިމެނެއެވެ. 

އިބްރީ ބަހުން ޑެޑްސީ އަށްކިޔަނީ ޔާމް-ހަ-މެލެޚް އެވެ. މާނައަކީ ލޮނުގެ ކަނޑެވެ. ހަމަ މިހެން ޔާމް-ހަ'މެވެތު އޭ ވެސް ކިޔައެވެ. މާނައަކީ މަރުގެ ކަނޑެވެ. ކުރީ ޒަމާނުގައި އިރުމަތީ ކަނޑު އަދި އަރާވާ ކަނޑު ވެސް ޑެޑްސީ އަށް ކިޔައި އުޅުނެވެ. ޢަަރަބި ބަހުން ބަހުރުލް މައްޔިތު ނުވަތަ މަރުގެ ކަނޑު އޭ ކިޔާއިރު މަދުން ނަމަވެސް  ލޫތުގެ ކަނޑު އޭ ކިޔައިވެސް އުޅެއެވެ. ތާރީޚީގޮތުން ބަލާއިރު ޑެޑްސީ އަށް ޒޮއާރު ކަނޑު ވެސް ކިޔަައިފައި އެބަހުއްޓެވެ.

ޑެޑްސީ އޮންނަނީ ގްރޭޓް ރިފްޓް ވެލީ ގައެވެ. 6000 ކިލޯ މީޓަރުގެ ގްރޭޓް ރިފްޓް ވެލީ ތުރުކީ ގެ ޓޯރަސް ފަރުބަދައިން ފެށިގެން ދެކުނު އެފްރިކާގެ ޒެމްބަޒީ ވާދީ އާއި ހަމައަށް ދެމިގެން ގޮސްފައި ވެއެވެ. 

ކުރިންވެސް ބުނެވުނު ހެން އުރުދުން ކޯރަކީ ޑެޑްސީ އާއި ގުޅިފައިވާ މައި ފެނުގެ މަޞްދަރެވެ. ޑެޑްސީގެ އުތުރުގެ ސަރަހައްދަށް އަހަރަކު ތެރޭގައި ވެހެނީ 100 މިލިމީޓަރުގެ ވާރޭ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ދެކުނު ހިސާބުތަކަށް މިނިސްބަތް އުޅެނީ އަހަރަކު 50 މިލިމީޓަރު ގައެވެ. ޑެޑްސީގެ ހުޅަގު ދެކުނު ފަރާތުގައިވާ 700 ފޫޓް އުސްމިން ހުރި ފަރުބަދައަކީ މަޝްހޫރު ޞަދޫމް ފަރުބަދަ އެވެ.




#Article 402: އަތޮޅުތަކުގެ ނަން (189 words)


އަތޮޅުތަކުގެ ނަންތައް ނެގިފައިވަނީ ޢާއްމު ގޮތެއްގައި އަތޮޅުގައި އޮންނަ ރަށަކާ ގުޅުވައިގެންނެވެ.މިގޮތުން ފާހަގަ ކޮއްލެވޭ އެއް އަތޮޅަކީ މުލަކު އަތޮޅެވެ. މުލަކު އަތޮޅު ނެގިފައިވަނީ  މ.މުލައް މި ރަށުންނެވެ.

މިއަތޮޅުގެ ނަންދެވިފައިވަނީ އެއަތޮޅުގައި ކުރިން އޮތް، ނަމަވެސް މިހާރު ނެތް ތިލަދޫ ކިޔުނު ރަށުންނެވެ. މިރަށްވަނީ މިހާރު ހއ. ދިއްދޫ އާއި އެކުވެ ހިކިގެންނެވެ. ތިލަދުންމަތީގެ ބައެއްގެ ގޮތުގައި ކުޑަ އެހެން އަތޮޅެއްވެސް ހިމެނިގެން ވެއެވެ. އެއީ އިހަވަންދިއްޕޮޅު އެވެ. 

މިއަތޮޅަށް ކިޔޭ ނަންނެގިފައިވަނީ އެއަތޮޅުގައިވާ މިލަދޫ އާއި ގުޅުވައިގެންނެވެ. 

މިއަތޮޅަށް ކިޔޭ ނަން ނެގިފައިވަނީ އެއަތޮޅުގައިވާ މާޅޮސް އާއި ގުޅުވައިގެންނެވެ. 

މިއަތޮޅަށް ކިޔޭ ނަން ނެގިފައިވަނީ އެއަތޮޅުގައި އޮންނަ ފާދޫ އާއި ގުޅުވައިގެންނެވެ. 

މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ މާލެ އާއި ގުޅުވައިގެންނެވެ. 

ކުރިން މިއަތޮޅަށް ކިޔާ އުޅެނީ އަރިއަދެ އަތޮޅު އެވެ. މިއަތޮޅަށް ކިޔޭ ނަން ނެގިފައިވަނީ އެއަތޮޅުގައިވާ އަރިއަދޫ އާއި ގުޅުވައިގެންނެވެ. 

މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ ފެލިދޫ އާއި ގުޅުވައިގެންނެވެ. 

މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ މުލައް އާއި ގުޅުވައިގެންނެވެ. މިރަށަށް ބޮލި މުލަކު ވެސް ކިޔައެވެ.

މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ ނިލަންދޫ އިން ފެށިގެން ދެއަތޮޅަށް ބައިކޮއްފައިވާތީއެރަށާ ގުޅުވައިގެންނެވެ.ސަބަބަކީ ނިލަންދޫ އާއި ހުޅުދެލިން އަތޮޅު ބައިކުރުމެވެ.

މިއަތޮޅުއަށް ކިޔޭނަން ނެގިފައވަނީ އެއަތޮޅުގައިވާ ކަނޑޫދޫ އާއި ގުޅުވައިގެންނެވެ. ކުރިން މިއަތޮޅަށް ކިޔަނީ ކޮޅުވައްދިން މަޑުލު އެވެ. 

ކުރިން މިއަތޮޅަށް ކިޔަނީ ހުވަދުއްމަތި އެވެ. 

މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ  ފުވައްމުލައް އާއި ގުޅުވައިގެންނެވެ. 

މިއަތޮޅަށް ކިޔޭނަން ނެގިފައިވަނީ އެއަތޮޅުގައިވާ އައްޑޫ ކިޔާ ކުޑަ ރަށަކާއި ގުޅުވައިގެންނެވެ. އަދި އެހެން ގޮތަކަށް ވެސް މިއަތޮޅަށް ނަންދެވިފައިވާ ކަމަށް ވެއެވެ. އެއީ އަތޮޅުގައި ހިމެނޭ ދޫ ކިޔާ 8 އަށްރަށުގެ ނަން އެއްކޮށް ކިޔޭ ނަމެއްގެ ގޮތުން އައްޑޫ ކިޔާފައިވަނީ އެވެ. އެއަށް ރަށަކީ :- 




#Article 403: އަމީތާބް ބައްޗަން (375 words)


އަމީތާބް ބައްޗަން( އުފަންވެފައިވަނީ 11 އޮކްޓޫބަރު، 1942 ގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަލަހް އާބާދު ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މިއީ ހިންދީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ބާރުގަދަ އަދި އެންމެ ނަންހިގާ އެއްތަރިވެސް މެއެވެ. އަމީތާބް ވަނީ 3 ނޭޝަނަލް އެވޯޑް އަދި 12 ފިލްމް ފެއަރ އެވޯޑް ހޯދާފައެވެ. ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ. ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީޥީ ޝޯ ހުށަހެޅުމަކީ ވެސް އަމީތާބްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ތަކެވެ. އަދި 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް އަމީތާބް ކޮށްފައި ވެއެވެ. 

އަމީތާބް ބައްޗަން ގެ އަންހެނުންނަކީ ޖަޔާ ބައްޗަން އެވެ. މި ދެމަފިރިންނަށް ދެކުދިން ލިބިފައިވެއެވެ. އެއީ ސްވޭތާ ބައްޗަން އަދި ފިލްމީ ތަރި އަބީޝެކް ބައްޗަން އެވެ. ސްވޭތާ އިނދެގެން އުޅެނީ އިންޑިޔާ އެސްކޮޓް ގުރޫޕްގެ ވެރިފަރާތް ރާޖަން ނަންދާ އަދި ރާޖު ކަޕޫރުގެ ދަރި ނީޓޫ ކަޕޫރުގެ ދަރި ނިޚިލް ނަންދާ އާއެވެ. އަބީޝެކް ބައްޗަން ގެ އަންހެނުންނަކީ މަޝްހޫރު ފިލްމީ ތަރި ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ އެވެ. 
 
އަމީތާބްގެ ބައްޕަ އަކީ ހަރިވާންސް ރާއީ ބައްޗަން އަކީ ހިންދީ ޅެންވެރިއެކެވެ. މަންމަ ތޭޖީ ބައްޗަން އަކީ ސިކުންގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އަމީތާބް އަށް ފުރަތަމަ ދީފައިވާ ނަމަކީ އިންގިލާބު އެވެ. އަމީތާބްގެ އަސްލު ނަމުގެ ފަހަތުގައި ސްރިވާސްތާވް އިންނަމަވެސް އަމީތާބްގެ ބައްޕަ އޭނާގެ ނަމުގެ ފަހަތަށް ވެސް ބައްޗަން ކިޔައި ނަން ހަރު ކުރީއެވެ. އަދި އޭގެ ފަހުން އެއާއިލާގެ ހުރިހާ އެންމެންގެ ފަހުނަމުގެ ގޮތުގައި ބައްޗަން ބޭނުންކުރެވެން ފެށީއެވެ. 

އަމީތާބް ގެ ކޮއްކޮ އަކީ އަޖީތާބް ބައްޗަން އެވެ. އަމީތާބްގެ ބައްޕަ މިދުނިޔެ ދޫކުރީ 2003 ގައެވެ. އަމީތާބް ގެ މަންމަ މިދުނިޔެ ދޫކުރީ 21 ޑިސެންބަރު 2007 ގައެވެ. އަމީތާބްގެ އަތުގައި މާސްޓަރ އޮފް އާޓްސް އިން ޑަބަލް ޑިގްރީ އެއް އޮވެއެވެ. ދިއްލީ ޔުނިވަސިޓީ އިން ބެޗްލާރސް އޮފް ސައިންސް ޑިގްރީ އެއް އަމީތާބް ފުރިހަމަކޮށްފައި ވެއެވެ. އަމީތާބް އާއި ޖަޔާ ބަދޫރީ ބައްޗަން ގެ ކައިވެނި ކުރެވުނީ 3 ޖޫން 1973 ގައެވެ.

ކޫލީ ކުޅެގެން ލިބުނު އަނިޔާ އަށް ފަހުން މައެސްތީނިއާ ގްރެވިސް އޭ ކިޔޭ ބައްޔެއް އަމީތާބް އަށް ކުރިމަތިވި އެވެ. ބުނެވޭ ގޮތުގައި އެއީ ކޫލީ ކުޅުނު ދުވަސްވަރު ލިބުނު އަނިޔާ އަށް ފަރުވާ ކުރުމަށް ބޭނުންކުރި ބާރުގަދަ ބޭހުގެ ސަބަބުން ނުވަތަ ގަޔަށް އެޅުނު ލެޔެއްގެ ސަބަބުން ކުރިމަތިވި ކަމެކެވެ. މިބަލީގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އަމީތާބް އަށް އަސަރުކުރިއެވެ. އަދި ފިލްމް ކުޅުން ހުއްޓާލުމަށް ވެސް ނިންމަން އުޅުނެވެ. 

އަމީތާބް އަކީ އޭނާއަށް ލިބިފައިވާ ފުރިހަމަ އަޑުގެ ސަބަބުން ވަރަށް ފާހަގަ ކުރެވޭ ފަރާތަކަށް ވަނީ ވެފައެވެ. ފިލްމް ޑޮކިއުމެންޓްރީ ފަދަ ތަކެއްޗަށް އަޑުއަޅައި ދިނުމުގެ އިތުރުން 19 އަށްވުރެ ގިނަ ފިލްމަށް އަމީތާބް ވަނީ އޭނާގެ އަޑުން ލަވަކިޔާދީފައެވެ. އޭނާ ކިޔާދީފައިވާ ހުރިހާ ލަވަތަކަކީ ވެސް އޭނާ ކުޅެފައިވާ ފިލްމްތަކުގައި އަދި އޭނާ އެކްޓްކޮށްފައިވާ ލަވަތަކެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ޓީވީ ޕްރޮގްރާމް ތައް ހުށަހަޅާދީފައި ވެއެވ. ޚާއްޞަ ކޮށް އަމީތާބް ހުށަހަޅައިދިން ކޯންބަނޭގާ ކްރޯޑްޕަތީ ޕްރޮގްރާމަށް ވަރަށް ގިނަ ޓެލެވިޒަން އެވޯޑް ތައް ލިބިގެން ގޮސްފައި ވެއެވެ. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޯލް އިންޑިޔާ ރޭޑިއޯގެ އެނައުންސަރެއްގެ މަގާމަށް އަމީތާބް ކުރިމަތިލާފައި ވެއެވެ.




#Article 404: ދިވެސްއަކުރު (227 words)


ދިވެސްއަކުރަކީ އެވޭލާއަކުރު ގެ ފަހުން ދިވެހި ލިޔުމަށް ބޭނުން ކުރެވުނު ލިޔުމުގެ ނިޒާމެވެ. މި އަކުރަށް ދިވެސް އަކުރު ކިޔައި ނަން ދެއްވީ ދިވެހި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ސްރިލަންކާގެ ރައްޔިތެއްކަމުގައި ވާ އެޗް ސީ ޕީ ބެލް އެވެ. ބެލް އިނގިރޭސީންގެ ހިދުމަތުން ރިޓަޔަރ ވުމަށް ފަހު، ދިވެހިރާއްޖެއަށް އައިސް، ދިވެހި ތާރީހާއި ދިވެހިބިމާއި ދިވެހި އަކުރުގެ މައްޗަށް ތަފްސީލީ މޮނޮގްރާފެއް ލިޔުނެވެ. 

ދިވެސް އަކުރު އުފެދިގެން އައީ ދެކުނު އިންޑިޔާގެ ބަސްތައް ލިޔެއުޅުނު ގުރަންތާ އަކުރުންނެވެ. މީގެ އެންމެ ދުވަސްވީ ލިއުމެއް ފެނިފައިވަނީ ލަންދޫ (ނ. އަތޮޅު) އިންނެވެ. ލަންދޫ އިން ފެނުނު ލިޔުމަކީ މީލާދީން 8 ވަނަ ގަރުނުގައި ލިޔެވިފައިވާ ލިޔުމެއް ކަމަށް ބެލެވެއެވެ. މިއަށް ވުރެ މާ ކުރީގައިވެސް މި އަކުރު ބޭނުންކުރެވިފައި ވާނެ ކަމަށް ގަބޫލުކުރެވެއެވެ.

މީލާދީން 20 ވަނަ ގަރުނުގެ ތެރޭގައި ބެލް، ދިވެހި ބަހާއި އަކުރު ގެ ދިރާސާ ކޮށް ކުރީގައި ދިވެހި ލިޔަން ބޭނުންކުރި އަކުރުތަކަށް ޒަމަނާ އެކު އައިސްފައި ހުރި ބަދަލުތަކަށް ބަލައި ދެ ބަޔަކަށް ބެހިއެވެ. އެންމެ ކުރިގެ އަކުރުތަކަކި އެވޭލާ އަކުރު ކަމުގައި ނަންދީ އޭގެ ފަހުގެ އަކުރުތަކަށް ދިވެސް އަކުރު މިނަން ދިނީއެވެ. ކުރީގެ ލޯމަފާނާއި ހިރިގަލުގައި މި އަކުރުން ލިޔެފައި ހުރި ލިޔުން ރައްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވެއެވެ.  އަދި ދިވެހިން ބުދު ދިނަށް ތަބާ ވެގެން އުޅުނު ޒަމަނުން ފެށިގެން މި އަކުރު ބޭނުންކުރި ކަމުގެ ހެކި ފެންނަން އެބަ ހުއްޓެވެ. އޮޅުދޫކަރަ އާއި އިންޑިޔާ ގައި ލިޔަން ބޭނުންކުރި އަކުރުތައް ފަދައިން ދިވެސް އަކުރުވެސް ނިސްބަތް ވަނި ބްރަހްމި އާއިލާއަށެވެ. އަދި މި އަކުރުން ލިޔަނީ، ތާނަ އާ ހިލާފަށް، ވާތުން ކަނާއަތަށެވެ. 

މިއަކުރު މިހާރު ލިޔުމަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވެއެވެ. ދިރާސާ ކުރުމަށާއި ހޮބީއެއްގެ ގޮތުގައި މި ލިޔުން ދަސްކުރާ މީހުން މަދުމަދުން އުޅެއެވެ. މި އަކުރުން ލިޔެފައިވާ ލިޔުންތައް މަހާނަ ގަލުން ފެންނަން ހުރެއެވެ. މީގެ އިތުރުން 20 ވަނަ ގަރުނުގެ ކުރީކޮޅު، ބެލް ރާއްޖޭގައި ހޭދަކުރި ދުވަސްވަރު އައްޑު އަތޮޅުން މި އަކުރުން ލިޔެފައިވާ ނަކަތްތެރިކަމުގެ ފޮތެއް ފެނުނު ކަމަށް އޭނާ ބަޔާންކޮށްފައި ވެއެވެ. 




#Article 405: ޤައުމީ ސަލާމް (117 words)


ޤައުމީ ސަލާމްއަކީ ދިވެހިރާއްޖޭގެ ޤައުމީ ލަވައެވެ. މިލަވައިގެ ޅެން ހައްދަވާދެއްވާފައިވަނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއެވެ. ޤައުމީ ސަލާމްގެ ޅެމަކީ ވަރަށް ދިގު ޅެމެއް ނަމަވެސް ޤައުމީ ސަލާމް ލަވަ ކިޔާއިރު ކިޔާނީ ހަމައެކަނި ފުރަތަމަ ތިން ބައިތެވެ.

ތިރީގައި މިވަނީ ޤައުމީ ސަލާމް މިޅެމުގެ ބައިތުކޮޅެކެވެ.

...............................................

ޤައުމީ މިއެކުވެރިކަން މަތީ ރިމެގެން ކުރީމެ ސަލާމް

ޤައުމީ ބަހުން ގިނަ ހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް

...

ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން

އައުދާނަކަށް ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް

...

ނަސްރާ ނަސީބާ ކާމިޔާބިގެ ރަމްޒަކަށް އެދިގެން

ފެއްސާ ރަތާއި ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް

...

ފަޚްރާ ޝަރަފް ޤައުމަށް އެހޯދައިދެއްވި ބަތަލުންނަށް

ޒިކްރާގެ މަތިވެރި ޅެންތަކުން އަދުގައި ކުރީމެ ސަލާމް

...

ދިވެހީންގެ އެންމެން ކުރިއަރައި ސިލްމާ ސަލާމަތުގައި

ދިވެހީންގެ ނަން މޮޅުވުން އަދާ ތިބެގެން ކުރީމެ ސަލާމް

...

ދީނާއި ވެރިންނަށް ހެޔޮހިތުން ހުރުމަތް އަދާކުރަމުން

ސީދާ ވަފާތެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް

...

ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރި ވެގެން އަބަދަށް




#Article 406: މާރޗް އޮފް ދި ވޮލަންޓިއަރސް (159 words)


މާރޗް އޮފް ދި ވޮލަންޓިއަރސް އަކީ ސީނުކަރައިގެ ޤައުމީ ސަލާމުގެ ނަމެވެ.

起来！不愿做奴隶的人们！
把我们的血肉，筑成我们新的长城！
中华民族到了最危险的时候，
每个人被迫着发出最后的吼声。
起来！起来！起来！
我们万众一心，
冒着敌人的炮火，前进！
冒着敌人的炮火，前进！
前进！前进！进！

Qǐlái! Búyuàn zuò núlì de rénmen!
Bǎ wǒmen de xuèròu, zhùchéng wǒmen xīn de chángchéng!
Zhōnghuá mínzú dàoliǎo zuì wēixiǎn de shíhòu.
Měi ge rén bèipòzhe fāchū zuìhòu de hǒushēng.
Qǐlái! Qǐlái! Qǐlái!
Wǒmen wànzhòngyìxīn,
Màozhe dírén de pàohuǒ, qiánjìn!
Màozhe dírén de pàohuǒ, qiánjìn!
Qiánjìn! Qiánjìn! Jìn!

.جوْ خُوَ مٍ ظُ دَوْ لْ ظِوُ وِ سِيًا دْ شِ خِوْ
.مِؤ قْ ژٍ بُوٍ پْ جْ فَا چُ ظِوُ خِوْ دْ خِوْ شٍْ

،وَع مٌ وًا جوْ ءِ سٍ

Arise, thou who refusest to be slaves!
With our flesh and blood, we shall create a new Great Wall!
Swarmin' o'er China are the despotic waves,
But towards liberty we shall make the final call:
Arise! Arise! Arise!
We stand together with one heart,
Crushin' the enemy's barrage, march on!
Wieldin' the flames o' power,
March on! March on! March on! On!




#Article 407: ސަރުކާރު ހިންގުމުގެ ނިޒާމަށް ބަލައިގެން ހެދިފައިވާ ޤައުމުތަކުގެ ލިސްޓު (533 words)


މިއީ ސަރުކާރު ހިންގުމުގެ ނިޒާމަށް ބަލައިގެން ތަޤްސީމު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓެކެވެ.

These are systems in which a president is the active head of the executive branch of government and is elected and remains in office independently of the legislature. The following list includes democratic and non-democratic states:

In full presidential systems, the president is both head of state and head of government.  There is no prime minister.

In semi-presidential systems, there is usually both a president and a prime minister.  In such systems, the President has genuine executive authority, unlike in a parliamentary republic, but some of the role of a head of government is exercised by the prime minister, who is also head of the legislature.

A Parliamentary republic is a system in which a prime minister is the active head of the executive branch of government and also leader of the legislature. The Presidents degree of executive power may range from being reasonably significant (eg. Poland) to little or none at all (eg. Ireland). Where the President holds little executive power, their function is primarily that of a symbolic figurehead.

 

Systems in which a prime minister is the active head of the executive branch of government and also leader of the legislature. The head of state is a constitutional monarch who only exercises his or her powers with the consent of the government, the people or their representatives.

Constitutional monarchies, in which Queen Elizabeth II serves as head of state over an independent government. In each Realm, she acts as the monarch of that state, and is usually titled accordingly - for example, Queen of Australia. The Queen appoints a Governor-General to each country other than the United Kingdom to act as her representative. The prime minister is the active head of the executive branch of government and also leader of the legislature.

The prime minister (or equivalent) is the nation's active executive, but the monarch still has considerable political powers that can be used at his/her own independent discretion. 

Monarchies in which the monarch is the active head of the executive branch and exercises all powers.

 

 

States based on a state religion where the head of state is selected by some form of religious hierarchy.

States in which political power is concentrated within a single political party whose operations are largely fused with the government hierarchy. However, some do have elected governments.

 

The nation's armed forces control the organs of government and all high-ranking political executives are also members of the military hierarchy.

States which have a system of government which is in transition or turmoil and cannot be accurately classified. (with current direction of change)

States in which the federal government shares power with semi-independent regional governments. In many cases, the central government is (in theory) a creation of the regional governments; a prime example is the United States.

 

 

States in which the central government has delegated some of its powers to self-governing subsidiary governments, creating a de facto federation.

States in which the central government has delegated some of its powers to regional governments.

A federacy is a country in which some substates function like states in a federation and others like states in a unitary state.

see Unitary state




#Article 408: ވެން ޖިއަބާއޯ (1674 words)


ވެން ޖިއަބާއޯ () (އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 1942 ގައި) އަކީ ސީނުކަރައިގެ ދައުލަތު ކައުންސިލުގެ ޕްރެމިއަރ އެވެ.

He serves as a member of its Leading Party Members' Group and Secretary of the Financial Work Committee of the CPC Central Committee. Since taking office in 2003, Wen, ranked third in the Politburo Standing Committee of the Communist Party of China hierarchy, has been a key part of the fourth generation of leadership in the Communist Party of China. Wen is generally popular with the Chinese people, and his modesty and more approachable personality are held to contrast with the bold and serious Hu Jintao.

A native of Tianjin, Wen Jiabao went to the famous Nankai High School from which the ex-premier Zhou Enlai graduated. He joined the Communist Party of China (CPC) in April 1965 and began working in September 1967. 

A postgraduate and engineer, Wen graduated from the specialty of geological structure of Beijing Institute of Geology. Having studied geomechanics in Beijing, he began his career in the Gansu geology bureau; from 1968-1978, he presided over the Geomechanics Survey Team under the Gansu Provincial Geological Bureau and head of its political section. Rising as chief of the Gansu Provincial Geological Bureau and later as minister for the natural resources sector of the economy, Wen would rise through the ranks of the Politburo Central Committee in the 1980s and 1990s. Wen's move from Gansu to Beijing occurred while the party, then under the leadership of General Secretary Hu Yaobang, was conducting a talent search; Wen was quickly promoted to serve as the deputy in the Party's Central Office. He remained in the post for eight years.  

Wen Jiabao is the only Standing Committee member to have served under three party secretaries: Hu Yaobang, Zhao Ziyang, and Jiang Zemin. A political survivor, his most significant recovery was after 1989, when Wen 
was the head assistant to General Secretary Zhao Ziyang. He accompanied then-Party Secretary Zhao Ziyang to Tiananmen Square. Zhao was purged from the party days later for grave insubordination and lived under house arrest in Beijing until his death in January 2005. Unlike his mentor, Wen was able to politically survive the aftermath of the demonstrations.

During a political career dating back to 1965, Wen has built a network of patrons. During that time Wen, a strong administrator and technocrat, has earned a reputation for meticulousness, competence, and a focus on tangible results. Outgoing Premier Zhu Rongji showed his esteem for Wen by entrusting him, from 1998, with the task of overseeing agricultural, financial and environmental policies, considered crucial as China prepared to enter the World Trade Organization.

Wen has been the third-ranking member of the Politburo Standing Committee, China's highest ruling council, since November 2002. During the transition of power as Hu Jintao assumed the presidency in March 2003, Wen Jiabao's nomination as premier was confirmed by the National People's Congress with over 99% of the delegates' vote. As premier, Wen has overseen China's economic reforms and has been involved in shifting national goals from economic growth at all costs to growth which also emphasizes more egalitarian wealth, along with other social goals, such as public health and education.  In addition, the Chinese government under Wen has begun to focus on the social costs of economic development, which include damage to the environment and to workers' health.  This more comprehensive definition of development has been encapsulated into the idea of a xiaokang society.

Wen's broad range of experience and expertise, especially cultivated while presiding over agricultural policies under Zhu Rongji has been important as the fourth generation seeks to revitalize the rural economy in regions left out by the past two decades of reform.

Initially regarded as quiet and unassuming, he is said to be a good communicator and is known as a man of the people. Wen has appeared to make great efforts to reach out those who seem left out by two decades of stunning economic growth in rural and especially western China. Unlike Jiang Zemin and his protégés on the Politburo Standing Committee, who form the so-called Shanghai clique, both Wen and Hu hail from, and have cultivated their political bases in, the vast Chinese interior. Many have noted the contrasts between Wen and Hu, men of the people and Jiang Zemin, the flamboyant, multilingual, and urbane former mayor of the country's most cosmopolitan city. Jiang, unlike the more reserved Hu and Wen, is known to quote maxims from Chinese and Western philosophy and recite poetry in many languages.

Like President Hu Jintao, whose purported brilliance and photographic memory have facilitated his meteoric rise to power, Wen is regarded as well-equipped to preside over a vast bureaucracy in the world's most populated and perhaps rapidly changing nation. In March 2003, the usually self-effacing Wen was quoted as saying, The former Swiss ambassador to China once said that my brain is like a computer, he said. Indeed, many statistics are stored in my brain. 

Mild-tempered and conciliatory, especially compared to his predecessor, the tough, straight-talking Zhu Rongji, his consensual management style has enabled him to generate a great deal of good will and little hostility in Beijing. Although noticeably, Wen has been widely known to have been in conflict with then-Shanghai party chief Chen Liangyu, who disagreed with the central government's policies.

Wen has been involved in a two major episodes involving public health.  In early 2003, he was involved in ending the official inaction over the SARS crisis.  In November 2003, he became the first major Chinese official to publicly address the problem of AIDS, which has devastated parts of the provinces of Yunnan and Henan and threatens to be a major burden on Chinese development. Since May 2004, Wen made various visits to communities devastated by AIDS, trips shown prominently on national media. By showing these actions, Wen appeared to be attempting to reverse years of actions which many activists have seen as a policies of denial and inaction. Furthermore, Wen is concerned about the health and safety of previous drug addicts; since March 2004, Wen had visited several drug addict treatment facilities in southern China and addressed the issue to the patients in person.

Wen's many visits to relatively poor areas of China's countryside were conducted randomly -- to avoid elaborate preparations to appease officials and hide the real situation, which is done often in China. At committee meetings of the State Council, Wen made it clear that the rural wealth problem must be addressed. Along with President Hu Jintao, the Three Rural Issues of agriculture, rural areas, and farmers were highlighted as areas that need work and development. The Hu-Wen administration abolished the thousand-year-old agricultural tax entirely in 2005, a bold move that significantly changed the rural economic model. Like his predecessor, Zhu Rongji, Wen is generally seen as a popular communist official with the Chinese public. His attitude is seemingly sincere and warm, triggering comparisons with former premier Zhou Enlai.  Wen spent Chinese New Year in 2005 with a group of coal miners in a Shanxi coal mine.  To many, Wen's image is the people's premier, a populist, and an ordinary Chinese citizen who knows and understands ordinary people's needs.  In an annual meeting of the Chinese Authors Association, Wen spoke for over two hours to the delegates without looking at any script. To foreign media, Wen also remains the highest government figure in China to give free press conferences, often facing politically sensitive and difficult questions regarding subjects such as Taiwan Independence, Tibet and human rights.

Wen is also seen by many as an able diplomat. In December 2003, Wen visited the United States of America for the first time.  During the trip, Wen was able to get President George W. Bush to issue what many saw as a mild rebuke to the President of the Republic of China, Chen Shui-bian. Wen has also been on visits to Canada and Australia, mostly on economic issues. 

On 15 March 2005, after the anti-secession law was passed, by a majority of 2,896 to nil, with two abstentions by the National People's Congress, Wen famously said: We don't wish for foreign intervention, but we are not afraid of it. as an allusion to the United States' stance on Taiwan. That earned him a long round of applause that was rare even by Chinese standards.

On 5 March 2007, Wen announced plans to increase the military budget. By the end of 2007 the military budget will rise to 17.8 percent compared to last years 45 billion dollars. These actions have created tension with the United States. 

There are significant disputes inside China as well as in the Hong Kong and Taiwan journalistic circles regarding the political views of Wen Jiabao. Because he appears more often than President Hu Jintao in front of the press, Wen's viewpoints, although difficult to gauge in their entirety, are easier to discern than those of President Hu. 

On the subject of political reform, Wen is seen as a moderate conservative, although more liberal than the hard-line Hu. He has remarked that the socialist system will continue in China for the next 100 years, although later in a Press Conference at the 2007 National People's Congress, he vaguely stated that democracy is one of the basic goals of the socialist system. Wen, a former ally of disgraced Premier Zhao Ziyang, is likely supportive of the latter's political rehabilitation. However, thus far Wen has stuck to script and rarely mentions Zhao.

On the subject of Taiwan, Wen reputedly believes in gradual negotiations as opposed to Hu's slant towards eventual military action. Xinhua has published articles in early 2007 with Wen's name separately attributed in several articles on the direction of national development. This was suspected as a sign that Wen has some differing viewpoints to the official party line.

Wen leads the current State Council, China's cabinet.

Talking about Chinese fast economic growth and social justice and fairness Wen Jiabao said: The speed of the fleet is not determined by the fastest vessel; rather it is determined by the slowest one.




#Article 409: ހޫ ޖިންޓާއޯ (1735 words)


Hu Jintao (; born December 21, 1942) is currently the Paramount Leader  of the People's Republic of China, holding the titles of General Secretary of the Communist Party of China since 2002, President of the People's Republic of China since 2003, and Chairman of the Central Military Commission since 2004, succeeding Jiang Zemin in the fourth generation leadership of the People's Republic of China. Since his ascendancy Hu has reinstated certain controls on the economy and has been largely conservative with political reforms. His foreign policy is seen as less conciliatory than that of his predecessor, and China's global influence has increased greatly since he took office.

Hu's rise to the presidency represents China's transition of leadership from old, establishment Communists to younger, more pragmatic technocrats. For most of Hu's adult life he has been involved in the Communist party bureaucracy, notably as Party Chief for the Tibet Autonomous Region, and then later Vice-President under Jiang Zemin.  An advocate for China's peaceful rise, Hu's political philosophy is summarily described as aiming to found a basis for a Harmonious Society domestically and for Peaceful Development internationally, the former generated by a “Scientific Development Perspective,” which seeks integrated solutions to tackle China's various economic, environmental and social problems. He was named one of the most influential people of 2007 in Time Magazine.

Hu Jintao was born in Jiangyan, Jiangsu, in 1942. He was the only son, and had two sisters. His ancestors were from Jixi, in the southeastern part of Anhui province. His branch of the family migrated to Jiangyan in his grandfather's generation. His mother died when he was seven, and he was raised by an aunt. Hu was a talented student in high school, excelling in activities such as singing and dancing.  In 1964, while still a student at Beijing's Tsinghua University, Hu joined the Communist Party of China, just prior to the Cultural Revolution. He graduated with a degree in hydraulic engineering in 1964.  While at Tsinghua University, Hu met Liu Yongqing, a fellow student, and now his wife. They have one son and one daughter. 
In 1968, Hu was transferred to Gansu and worked for a hydro-power station. From 1969 to 1974, Hu worked for Sinohydro Engineering Bureau No 4, as an engineer.

In 1974 Hu was transferred to the Construction Department of Gansu as a secretary. The next year he was promoted to vice senior chief. During this period, Hu met his first mentor, Song Ping, the first secretary of CPC Gansu Committee (thus Gansu's real governor). Song appreciated Hu's talent, and with Song's assistance, Hu was promoted to deputy director of Gansu's Ministry of Construction in 1980. Another protégé of Song, Wen Jiabao, also became prominent at the same time. In 1981 Hu, along with Deng Xiaoping's daughter Deng Nan and Hu Yaobang's son Hu Deping, were trained in the Central Party School in Beijing. Hu made a good impression on Deng Nan, who happened to report it to her father. Hu Deping even invited Hu Jintao to his home and met with Hu Yaobang, who was a standing member of the politburo at that time. Hu Jintao's modesty created an impact on Hu Yaobang. In 1982, Hu was promoted to the position of Communist Youth League Gansu Branch Secretary.
His mentor Song Ping was transferred to Beijing as Minister of Organization of the Communist Party of China, and was in charge of senior cadres' recommendation, candidacy and promotion. With the support of Hu Yaobang and Deng Xiaoping, Hu was ensured of a bright future in the party. In 1982, Hu was transferred to Beijing and appointed as secretariat of the Communist Youth League Central Committee (CY Central). Two years later Hu was promoted to First Secretary of CY Central, thus its actual leader. During his term in the Youth League, Hu escorted Hu Yaobang, who was General Secretary of CPC then, in visits around the country. Hu Yaobang himself was a veteran coming from the Youth League, could reminiscence his youth through Hu's company.

In 1985, Hu was transferred to Guizhou as the Communist Party of China Guizhou Committee Secretary, which began his time as a provincial governor. In contrast to the members of the Shanghai clique, Hu spent most of his career in China's poorer hinterland rather than in the economically prosperous coastal regions. Partly because of this, he was relatively unknown to Western analysts before his ascent to power. In 1987 Hu Jintao handled the local students protest parallel to the Democracy Wall carefully, whereas in Beijing similar protests resulted in Hu Yaobang's forced resignation.

Hu was appointed Party Chief of the Xizang Autonomous Region in 1988, during a time of political instability and rising demands from Tibet's people for its independence. Hu was responsible for a political crackdown in early 1989 that lead to the deaths of several hundred Tibetan activists. He also worked towards some liberalisation of cultural activities but was believed to have been involved in the 1989 unexpected death of the Panchen Lama, Tibet's second highest religious leader. in a bid to promote a more selfless and moral outlook amongst the population.  China's increasingly fragile environment has caused massive urban pollution, sandstorms and the destruction of vast tracts of habitable land. It remains to be seen if Hu, usually cautious in nature, is capable of managing the continued peaceful development of China while avoiding international incidents, at the same time presiding over an unprecedented increase in Chinese nationalist sentiment.

Observers indicate that Hu distinguishes himself from his predecessor in both domestic and foreign policy. President Hu Jintao's overarching vision, his political philosophy is summarized by three slogans — a “Harmonious Society” domestically and a “Peaceful Development” internationally, the former generated by a “Scientific Development Perspective,” which seeks integrated sets of solutions to arrays of economic, environmental and social problems, and recognizes, in inner circles, a need for political reform (though studied, cautious and controlled).  The role of the Party has changed, as formulated by Deng Xiaoping and implemented by Jiang Zemin, from a revolutionary party to a ruling party.  Hu continues the Party’s modernization, calling for both Advancement of the Party and its increasing transparency in governance, thus creating the so-called democracy of the elite — not his or China’s description — which is still far from the Western ideal.

What emerges in the view of President Hu is the China Model, a systematic approach to national structure and development that combines dynamic economic growth, a free market energized by a vigorous “nonpublic” (i.e., private) sector, unrelenting political and media control, personal but not political freedoms, concern for the welfare of all citizens, cultural enlightenment, and a synergistic approach to diverse social issues (the Scientific Development Perspective) that lead, in Hu’s vision, to a Harmonious Society.  Beijing sees its China Model as an alternative to Washington’s Democracy Model, particularly for developing countries.
In President Hu’s words, A harmonious society should feature democracy, the rule of law, equity, justice, sincerity, amity and vitality.  Such a society, he says, will give full scope to people's talent and creativity, enable all the people to share the social wealth brought by reform and development, and forge an ever closer relationship between the people and government.

Western criticism of Hu, particularly regarding human rights, exposes his hypersensitivity to social stability but misses his fresh commitment to address China’s multi-faceted problems.  Hu’s pragmatic, non-ideological agenda has two core values—maintaining social stability to further economic development and sustaining Chinese culture to enrich national sovereignty.In domestic policy, he seems to want more openness to the public on governmental functions and meetings. Recently, China's news agency published many Politburo Standing Committee meeting details. He also cancelled many events that are traditionally seen as communist extravagances, such as the lavish send-off and welcoming-back ceremonies of Chinese leaders when visiting foreign lands. Furthermore the Chinese leadership under Hu has also focused on such problems as the gap between rich and poor and uneven development between the interior and coastal regions. Both party and state seem to have moved away from a definition of development that focuses solely on GDP growth and toward a more balanced definition which includes social equality and environment effects.

In 2004, Hu gave an unprecedented showing and ordered all cadres from the five major power functions to stop the tradition of going to the Beidaihe seaside retreat for their annual summer meeting which, before, was commonly seen as a gathering of ruling elites from both current and elder cadres to decide China's destiny, and also an unnecessary waste of public funds. The move was seen by the Chinese public as symbolic of Hu's attitude towards corruption.

In foreign policy, he has differed from his predecessor by actively engaging in the current North Korea nuclear crisis. He has also assured neighbours in the region with the concept of China's peaceful rise. In addition, Hu has sought to strengthen ties with resource based countries such as Brazil and focused on increasing China's influence in Africa, pledging aid and skilled workers to poor African nations.  Hu's stance is seen favourably by the majority in Africa.  In addition, Hu's official position on many global issues, including terrorism, is similar to that of the United States. China has shown notable discretion on the issues of Iran's nuclear program and the War in Iraq.

At the same time, Hu has contradicted some initial expectations that he was a closet liberal. Hu is a pragmatist and hard-liner as far as  any effort of political reform is concerned. His son-in-law, Mao Daolin used to be CEO of Sina.com, a well-known internet portal of China. Furthermore, while Hu has attempted to make decision-making more transparent and to increase rule of law he has also explicitly stated that his goal is to strengthen and make the party more efficient rather than weaken the party or move toward a pluralistic political system. Although freedom of the foreign press in China has been significantly increased, Hu has been very cautious with regards to the Internet, choosing to censor politically sensitive material to a degree more strict than the Jiang era. In February 2007, Hu embarked on further domestic media controls that restricted primetime TV series to morally correct content on all Chinese TV stations, and listed 20 forbidden areas of coverage on news reporting. It appears like Hu is setting the scene for a peaceful 17th Party Congress in the Fall of 2007.




#Article 410: ރެންމިބީ (1608 words)


The renminbi () is the official currency in the mainland of the People's Republic of China (PRC)., whose principal unit is the yuan (). It is issued by the People's Bank of China, the monetary authority of the PRC. The official ISO 4217 abbreviation is CNY, although also commonly abbreviated as RMB. The Latinised symbol is ¥.

The two special administrative regions, Hong Kong and Macau, have their own respective currencies. According to the one country, two systems principle and the basic laws of the two territories,  national laws generally do not apply. Therefore, the Hong Kong dollar and the pataca remain the legal tenders in the two territories, and renminbi, although accepted, is not legal tender.

The renminbi was first issued by the People's Bank of China in December 1948, about a year before the Chinese Communist Party's victory in the Chinese Civil War. One of the first tasks of the new communist government was to end the hyperinflation that had plagued China near the end of the Kuomintang (KMT) era. A revaluation occurred in 1955 at the rate of 1 new yuan =10,000 old yuan.

During the era of the command economy, the value of the RMB was set to unrealistic values in exchange with western currency and severe currency exchange rules were put in place. With the opening of the mainland Chinese economy in 1978, a dual track currency system was instituted, with renminbi usable only domestically, and with foreigners forced to use foreign exchange certificates. The unrealistic levels at which exchange rates were pegged led to a strong black market in currency transactions.

In the late 1980s and early 1990s, the PRC worked to make the RMB more convertible. Through the use of swap centers, the exchange rate was brought to realistic levels and the dual track currency system was abolished.

The RMB is convertible on current accounts, but not capital accounts. The ultimate goal has been to make the RMB fully convertible. However, partly in response to the Asian financial crisis in 1998, the PRC has been concerned that the mainland Chinese financial system would not be able to handle the potential rapid cross border movements of hot money, and as a result, as of 2003, full convertibility remains a distant goal.

Under the one country, two systems policy, Hong Kong maintains a separate currency, the Hong Kong dollar. The RMB is the second most popular currency in Hong Kong and is becoming the principal trading currency in the region. Banks in Hong Kong allow people to maintain accounts in RMB. 

Macau, with its own one country, two systems policy, maintains the separate pataca as its currency. The RMB has always had a presence even before the 1999 return to the People's Republic of China from Portugal. Banks in Macau can issue credit cards based on the renminbi, but not loans. Renminbi based credit cards can not be used in Macau's casinos. 

Usage of the renminbi in Taiwan is illegal. The Republic of China government believes wide usage of the renminbi would create an underground economy and undermine its sovereignty. Tourists are allowed to bring in up to 20,000 renminbi when visiting Taiwan. These renminbi must be converted to the New Taiwan dollar at trial exchange sites in Matsu and Kinmen.  Taiwan insists that the mainland needs to sign a bilateral foreign exchange settlement agreement before they will allow full convertibility.

In Mongolia, the RMB occupies 60% of the local cash circulation. Cambodia and Nepal welcome the renminbi as an official currency and Laos and Myanmar allow it in border provinces. Though unofficial, Vietnam recognizes the exchange of renminbi to đồng.

The base unit of the renminbi is the yuan. As with Chinese numerals, this character has two forms — a common simplified form (元) and a formal form (圆/圓) used to prevent alterations and accounting mistakes. 

Yuan is a one syllable word and in Chinese literally means round, after the round shape of ancient Chinese coins by the same name. The Korean and Japanese currency names, won and yen respectively, are cognates of the yuan and have the same Chinese character (hanja/kanji) representation, but in different forms (respectively, 원/圓 and 円/圓), also meaning round in Korean and Japanese. However, they do not share the same names for the subdivisions (fen, jiao). 

One yuan is divided into 10 jiao (角), and one jiao is divided into 10 fen (分). So 3.45 yuan would be spoken of as 3 yuan 4 jiao 5 fen, as opposed to 3 yuan 45 fen. In colloquial usage, other names are frequently employed; see yuan for details.  Yuan is also commonly translated into English simply as the dollar.  

Although shop prices in the PRC are usually marked with 元 after the digits, a Y with one or two crossbars (¥) before the numeral digits is also common. Some people using an American keyboard may type CN$ out of convenience for the ¥ symbol.

The largest denomination of the renminbi is the 100-yuan note. The smallest is the 1-fen coin or note.  One of the more interesting things to note is that all denominations are available as banknotes.  The fen notes are now rather insignificant, and the design has not changed since 1953.  Since sales tax in China are included in the prices, the fen and jiao have become increasingly unnecessary as prices increase.  Chinese retail prices also tend to avoid decimal values (such as $9.98), opting instead for integer values of yuan (such as ¥9 or ¥10).

The denomination of each banknote is given in Chinese. The numbers themselves are given in financial Chinese numeral characters, as well as Arabic numerals. The denomination and the words 'China People's Bank' are also given in Mongol, Tibetan, Uyghur and Zhuang on the back of each banknote. On the front of the note is also the representation of the denomination in Chinese Braille starting from the fourth series.

The use of coins varies from place to place. For example, coins are more often used for values less or equal to ¥1 in Shanghai, but banknotes of the lower value are more often used than coins in Beijing.

The first series of Renminbi banknotes was introduced during the Chinese Civil War by the newly-founded People's Bank of China on December 1, 1948, nearly one year before the founding of the People's Republic of China itself.

The notes were issued in 12 denominations: ¥1, ¥5, ¥10, ¥20, ¥50, ¥100, ¥200, ¥500, ¥1,000, ¥5,000, ¥10,000 and ¥50,000, with a total of 62 designs. They were officially withdrawn on various dates between April 1, 1955 to May 10, 1955.

The second series of Renminbi banknotes was introduced since March 1, 1955. Together with the introduction of the second series, the decimal point was moved 4 places to the left. As a result, one first series ¥10,000 note is equivalent to one second series ¥1 note.

Each note has the words People's Bank of China as well as the denomination in the Uyghur, Tibetan, Mongol and Zhuang languages on the back, which has since appeared in each series of renminbi notes.

The denominations available were ¥0.01, ¥0.02, ¥0.05, ¥0.1, ¥0.2, ¥0.5, ¥1, ¥2, ¥3, ¥5, ¥10.

The third series of renminbi banknotes was introduced since April 15, 1962. For the next two decades, the second and third series banknotes were used concurrently.

The third series was phased out over the 1990s and recalled completely on the 1/7/2000, this date is valid for all of the denominations with only one date provided.

The fourth series was introduced between 1987 and 1997, although the banknotes were dated 1980, 1990, or 1996. Unlike the third series, they are still legal tender. Banknotes are available in:

and newly designed coins of ¥0.1, ¥0.5, and ¥1.

In 1999, a new series of renminbi banknotes and coins was progressively introduced. The fifth series consists of coins of ¥0.1, ¥0.5, and ¥1 and banknotes of ¥1, ¥5, ¥10, ¥20, ¥50, ¥100

On March 13, 2006, some delegates to an advisory body at the National People's Congress proposed to include Sun Yat-sen and Deng Xiaoping on the renminbi banknotes. However, the proposal is a long way from becoming law.

China's currency, which for the previous decade had been tightly pegged at 8.28 renminbi to the U.S. dollar, was revalued on July 21, 2005 to 8.11 per U.S. dollar, following the removal of the peg to the US dollar and pressure from the United States. The People's Bank of China also announced that the renminbi would be pegged to a basket of foreign currencies, rather than being strictly tied to the U.S. dollar, and would be allowed to float trade within a narrow 0.3% daily band against this basket of currencies.  The PRC has stated that the basket is dominated by the U.S. dollar, Euro, Japanese yen and South Korean won, with a smaller proportion made up of the British pound, Thai baht, Russian ruble, Australian dollar, Canadian dollar and Singapore dollar.

As of May 5, 2007 the renminbi traded at 7.704 yuan per U.S. dollar which is a 7.5% increase since the removal of the peg.  Even though some American politicians accuse China of undervaluing its currency, most of the economists agree that it is either slightly undervalued or not all all.  

The World Bank estimated (in ) that, by purchasing power parity, one United States dollar was equivalent to approximately ¥1.9 in 2004.

The International Monetary Fund estimated (in ) that, by purchasing power parity, one United States dollar was equivalent to approximately ¥2.021 in 2004, ¥2.047 in 2005, ¥2.062 in 2006, and is expected to be equivalent to approximately ¥2.095 in 2007.




#Article 411: ޖޯޖް ވޮޝިންގޓަން (1284 words)


ޖޯޖް ވޮޝިންގޓަން މަޝްހޫރު ވެފައިވަނީ އެމެރިކާގެ ބާނީ ގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުއަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަން އަކީ އިގިރޭސިންނާއި ދެކޮޅަށް މީލާދީން 1775ން 1783 އަށް ހިންގި އެމެރިކާގެ އިންގިލާބީ ހަގުރާމައިގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި އެމެރިކާ މިނިވަންކުރެއްވި މޭސްތިރި އެވެ. 

އެމެރިކަން އިންގިލާބުގެ ކާމިޔާބަށްފަހު އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޖޯޖް ވޮޝިންގޓަން ރައީސް ކަމަށް އިސްވެ ވަޑައިގަތީ 30 އޭޕްރީލް 1789ގައެވެ. ޖެހިޖެހިގެން ދެ ދައުރުގައި ރައީސް ކަންކުރައްވައި ދެވަނަ ދައުރު ނިމުމުން ރައީސް ކަމުން ވަކިވެ ވަޑައިގަތީ 4 މާރޗް 1797 ގައެވެ. ފުރަތަމަ ދައުރަށްފަހު ދެވަނަ ދައުރަށް ރައީސަކު ހޮވުމަށް 1792ގައި އެމެރިކާގައި ބޭއްވުނު އިންތިޚާބުގައި ޖޯޖް ވޮޝިންގޓަން އަށް ކާމިޔާބު ލިބިވަޑައިގަތީ އެމެރިކާ އުފައްދަވައި ގައުމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކުރުމުގައި ޖޯޖް ވޮޝިންގޓަން އަދާކުރި ދައުރާއި، ޖުމްހޫރިއްޔަތަށް އޭނާގެ ހިތުގައި އޮތް ލޯއްބެއްގެ ބޮޑު ކަމުން ކަމަށް ބުނެވެއެވެ. މިސަބަބުތަކާހުރެ ޖޯޖް ވޮޝިންގޓަން ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވެފައެވެ. 

 
ޖޯޖް ވޮޝިންގޓަން އުފަންވެ ވަޑައިގަތީ 22 ފެބުރުއަރީ 1732 ގައި އެމެރިކާގެ ވާޖީނިއާގެ ވެސްޓްމޯރލޭންޑް އޭ ކިޔުނު އަވަށަކަށެވެ. ޖޯޖް ވޮޝިންގޓަން އަކީ އުގަސްޓިން ވޮޝިންގޓަން ގެ ދޮށީ ފިރިހެން ދަރިފުޅެެވެ. މަންމައަކީ މޭރީ ބޯލް ވޮޝިންގޓަން އެވެ. ޖޯޖް ވޮޝިންގޓަން ބޮޑުވަމުން އައީ ދަނޑުވެރިއެއްގެ ގޮތުގައެވެ. 1747ގައި ބުލޫރިޖްގެ ހުޅަގަށް އޮންނަ ބާރޯން ފަޔަރފޮކްސް ލޭންޑް ސާރވޭ ކުރުމުގެ ފުރުޞަތު ޖޯޖް ވޮޝިންގޓަން އަށް ލިބުނެވެ. 1749 ގައި ކަލްޕެޕަރ ކައުންޓީގެ ސާރވޭޔަރ އެއްގެ މަގާމް ލިބުނެވެ. އެއްބަފާ ބޭބެ ލޯރެންސްގެ އެހީގައި އޯހިއޯ ކަމްޕެނީ އެއް ފުރުޞަތު ހޯދި އެވެ. އެއަށްފަހު ޖޯޖް ވޮޝިންގޓަން ދިރިއުޅެމުން ގެންދިޔަ އަވަށުގެ މިލިޓަރީ އޮފިސަރެއްގެ މަގާމް ލިބުނެވެ. އަދި 1752 ގައި އުމުރުން އެންމެ 20 އަހަރުގައި އެއަވަށުގެ މޭޖަރެއްގެ ވަޒީފާ ލިބިގެންދިޔައެވެ. 

 
ޖޯޖް ވޮޝިންގޓަން ގެ އުމުރުން 22 އަހަރުގައި އެމެރިކާގެ އެތެރޭގައި ހިނގި 7 އަހަރުގެ ހަގުރާމައިގެ މައްސަލައިގެ ތެރެއަށް ވަންނަން ޖެހުނެވެ. މިމައްސަލަ ފެށިގެން އައީ 1753ގައި އޯހިއޯ ކަންޓްރީ ސަރަހައްދުގައި ފަރަންސީސިން ފާރެއް ނުވަތަ އަސްކަރީ ބޭސް އެއް (ފޯރޓެއް)ފަދަ ތަނެއް ބިނާކުރަން ފެށުމުންނެވެ. އޭރު އެސަރަހައްދަކީ ޖޯޖް ވޮޝިންގޓަން އުޅެމުން އައި ވާޖީނިއާގެ ތަނެއްގެ ގޮތުގައި އެމީހުންވެސް ދައުވާ ކުރަމުން އައިތަނެކެވެ. ނަތީޖާއެއްގެ ގޮތުން ވާޖީނިއާގެ ގަވަރުނަރަކަށް ހުންނެވި ޑިންވިޑީ ޖޯޖް ވޮޝިންގޓަން އަށް އޯހިއޯ ކަންޓްރީ އަށް ގޮސް ފަރަންސޭސިންނަށް އެސަރަހައްދު ދޫކޮށް ދިއުމަށް އެންގުމަށް އެދުނެވެ. ޖޯޖް ވޮޝިންގޓަން ގެ މިއެންގުމަށް ފަރަންސޭސިން އިދިކޮޅު ހެދުމަށް ޖޯޖް ވޮޝިންގޓަން ތައްޔާރު ކުރި ރިޕޯޓް ވަނީ ވާޖީނިއާ އަދި އިގިރޭސި ވިލާތުގެ ގިނަ ބަޔަކު ކިޔައި ފައެވެ. 1754 ގައި އަލަށް އުފެއްދި ވާޖީނިއާ ރެޖިމެންޓްގެ ލެފްޓިނެންޓް ކާނަލްއެއްގެ މަގާމްގައި ހުއްޓައި ވާޖީނިއާގެ ގަވަރުނަރު ޑިންވިޑީ ދެވަނަ ފަހަރަށް ޖޯޖް ވޮޝިންގޓަން އޯހިއޯ ކަންޓްރީ އަށް ފޮނުވިއެވެ. އެފަހަރު ހިނގި ކުރިމަތިލުން ތަކަށްފަހު ފޯރޓް ނެސެސިޓީ އޭ ކިޔުނު ހަގުރާމަ ހިނގި އެވެ. އަސްކަރީ މި ހަނގުރާމައިގައި ޖޯޖް ވޮޝިންގޓަން ފަރަންސޭސިންގެ އަތްދަށު ވިއެވެ. އެފަހަރު ފަރަންސޭސިން ޖޯޖް ވޮޝިންގޓަން ދޫކޮށްލެއްވީ އަހަރެއްގެ ތެރޭގައި އަނބުރާ  އޯހިއޯ ކަންޓްރީ އަށް ނާދެވޭގޮތަށް އެއްބަސްކޮށްފައެވެ. އެފަހަރު އެބުރި ވާޖީނިއާ އަށް ދިއުމުން ލެފްޓިނެންޓް ކާނަލްއެއްގެ ރޭންކުން ކެޕްޓަނެއްގެ ރޭންކަށް ދަށްކުރަން އުޅުމުން އެކަމާ ޖޯޖް ވޮޝިންގޓަން އެެއްބަސްވެ ވަޑައި ނުގަނެ، އަސްކަރީ ޚިދުމަތުން އިސްތިއުފާ ދިނެވެ. 

މައުންޓް ވާނޮން ގައި މާރތާ އަދި ޖޯޖް ވޮޝިންގޓަން މާރތާ އަށް ލިބިފައިވާ ދެދަރިން ކަމުގައިވާ ޖޯން ޕާރކޭ ކަސްޓިސް އަދި މާރތާ ޕާރކޭ ކަސްޓިސް ބަލައި ބޮޑު ކުރުމުގައި އުޅުނެވެ. އެއަށްފަހު އެމީހުންގެ ދެކާފަ ދަރިން ބަލައި ބޮޑު ކޮށްފައި ވެއެވެ. އެެއީ އެލީނާ ޕާރކޭ ކަސްޓިސް އަދި ޖޯޖް ވޮޝިންގޓަން ޕާރކޭ ކަސްޓިސް އެވެ. 

ޖޯޖް ވޮޝިންގޓަން އާއި މާރތާ ޑެންޑްރިޖް ކަސްޓިސް އަށް ދަރިޔަކު ލިބިފައެއް ނުވެއެވެ. އެއީ ޖޯޖް ވޮޝިންގޓަން އަށް ކަށިވިދުރި ޖެހުމަށްފަހު އެއާއި ވިދިގެން ކެއްސުން ބަލި ޖެހިފައިވާތީ ކަމަށް ވެދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

މާރތާ ޑެންޑްރިޖް ކަސްޓިސް އާއި ޖޯޖް ވޮޝިންގޓަން ކައިވެނި ކުރުމަށްފަހު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޙާލަތު ރަގަޅުވެ ތަނަވަސްވެގެން ދިޔައެވެ. ކައިވެންޏާއި ގުޅިގެން މާރތާގެ ބިމުން 18000 އޭކަރުގެ ތަން ޖޯޖް ވޮޝިންގޓަން އަށް ލިބިގެންދިޔައެވެ. އެއަށްފަހު ޖޯޖް ވޮޝިންގޓަން ގެ އަމިއްލަ ނަމުގައި އިތުރު ބިން ހޯދިއެވެ. 1775 ގައި ޖޯޖް ވޮޝިންގޓަން އޭނާގެ ބިމުގެ ބޮޑުމިން ދެގުނަ އިތުރަށް ބޮޑު ކުރިއެވެ. އަދި އޭނާގެ މަސައްކަތްތެރިންގެ ގޮތުގައި 100 ވަރަކަށް މީހުން އޭރު ގެންގުޅުނެވެ. އެއަށްފަހު ވާޖީނިއާ ޕްރޮވިންސްގެ ލެޖިސްލޭޗަރ ގެ މަގާމް ޖޯޖް ވޮޝިންގޓަން އަށް ލިބުނެވެ. 

އެޕްރީލް 1775 ގައި އެމެރިކާގެ އެތެރޭގެ ހަމަ ނުޖެހުންތައް ފެށުމަށްފަހު ބޭއްވުނު ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް އަށް ޖޯޖް ވޮޝިންގޓަން އަސްކަރީ ޔުނީފޯމްގައެވެ. މިއިން ދައްކައިދިނީ ޖޯޖް ވޮޝިންގޓަން ހުރީ ހަގުރާމައަށް ކުރިމަތިލުމަށް ތައްޔާރު ވެގެން ކަމެވެ. ޖޯޖް ވޮޝިންގޓަން އަށް އިހްތިރާމާއި، އަސްކަރީ ތަޖުރިބާއާއި، އަސްކަރީ ތަޙައްމަލު ކުރުން އަދި ވަރުގަދަ މުވާޠިނަކަށް ވުމުގެ ޝަރަފް ލިބިފައިވުމުގެ ނަތީޖާއަކީ އެމެރިކާގެ ދެކުނުން ޚާއްޞަކޮށް ވާޖީނިއާ އިން ޖޯޖް ވޮޝިންގޓަން އަށް ފުރިހަމަ ތާއީދު ލިބިފައި ވުމެވެ. 

ޖޯޖް ވޮޝިންގޓަން އާއި އޭނާގެ އަސްކަރީ ފޯރސް ގެ މަސައްކަތުން ބޮސްޓަނުން އިގިރޭސިން ފައްސަވައި ލެއްވި އެވެ. އަދި ނިއުޔޯކް ސިޓީ އާއި ދިމާލަށް ފޯރސް އާއިގެން ދަތުރު ކުރިއެވެ. އޮގަސްޓް 1776 ގައި އިގިރޭސި ވިލާތުގެ ވިލިއަމް ހޯވް ކަނޑާއި، އެއްގަމު މަގުން ގޮސް ނިއުޔޯކް ސިޓީ ހިފުމަށްޓަކައި ޚާއްޞަ ކެމްޕޭނެއްގެ ފެއްޓިއެވެ. 

ޖޯޖް ވޮޝިންގޓަން ގެ ބެލުމުގެ ދަށުން އޮތް ކޮންޓިނެންޓަލް އާރމީ ފޯރސް ވިލިއަމް ހޯވްގެ ލަޝްކަރާއި ދެކޮޅަށް ހިންގި ފުރަތަމަ ކުރިމަތިލުން ނުވަތަ  ދިގު ރަށުގެ ހަގުރާމަ އާއި، އަދި އެހެނިހެން ބައެއް ކުދިކުދި ކުރިމަތިލުން ތަކުގައި ޖޯޖް ވޮޝިންގޓަން ގެ ކޮންޓިނެންޓަލް އާރމީ ބަލިވުމުން އެލަޝްކަރުގެ މުސްތަގުބަލާމެދު ޝައްކު އުފެދިގެން ދިޔައެވެ. އަދި މިހަގުރާމައިގައި ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ނިއުޔޯކުން ބޭރުކޮށްލިއެވެ. 

ޑިސެމްބަރު 1777ގައި ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ފޯޖް ވާދީ ގައި ކެމްޕޭން ކުރިއެވެ. 6 މަސް ދުވަހު އެތާ ހޭދަކުރި ކުރުމުގެ ތެރޭގައި ފިނިމޫސުމުގައި 2500 ވަރަކަށް މީހުން ތަފާތު އެއްޗިއްސަށް ހުށަހެޅިގެންނާއި، ބަލިބަލީގައި ނެތިގޮސްފައި ވެއެވެ.  ހަތް އަހަރުގެ ހަގުރާމައިގެ ގޮތުގައި މަޝްހޫރުވި މި ކުރިމަތިލުންތައް ނިމިފައިވަނީ 17 އޮކްޓޯބަރު 1781 ގައި ޔޯކް ޓައުންގައެވެ. ބުނެވޭގޮތުގައި ހަތް އަހަރުގެ ހަގުރާމައިގައި ކުރެވުނު 9 ހަގުރާމައިގެ ތެރެއިން ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރަށް ކާމިޔާބު ކުރެވުނީ އެންމެ 3 ހަގުރާމަ އެވެ. 

ޖޯޖް ވޮޝިންގޓަން އަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. އެހެން ކަމުން ޖޯޖް ވޮޝިންގޓަން އުއްމީދު ކޮށްގެންހުރީ ޕާޓީތައް އުފެދޭނެ ކަމަކަށް ނޫނެވެ. ނަމަވެސް ޖޯޖް ވޮޝިންގޓަން ގެ އެންމެ ގާތް މުރުޝިދުން ސިޔާސީ ޕާޓީތައް ހެދުމުގެ ފްރޭމް ވޯކް ތައްޔާރު ކުރުމުގައި ދެބަޔަކަށް ބެހިގެން ދިޔައެވެ. ސެކްޓެރީ އޮފް ޓްރެޜަރީގެ މަގާމްގައި ހުންނެވި އެލްގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓް ޕާޓީ އުފެއްދެވި އިރު، ސެކްޓްރީ އޮފް ސްޓޭޓް ތޯމަސް ޖެފަރސަން ޖެފަރސަނިއަން ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. 1791 ގައި ރަލުގެ ބުއިންތަކުން ޓެކްސް ނެގުމަށް ކޮންގްރެސްގައި ވާހަކަ ދެއްކުމާއި ގުޅިގެން ޕެންސިލްވީނިޔާގައި މުޒާހަރާތައް ބާއްވައިފައި ވެއެވެ. 

އިގިރޭސީންނާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ރަގަޅުކޮށް އިންގިލާބުގެ ދުވަސްވަރު ވެގެންދިޔަ ދަރަނި ފޫބައްދައި އެކަމުން ސަލާމަތްވުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި އެލެގްޒެންޑަރ ހެމިލްޓަން ގުޅިގެން ޖޭ އެއްބަސްވުން ފަރުމާ ކުރެއްވި އެވެ. ޖޯން ޖޭ މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި އެއްބަސްވުމުގައި އިގިރޭސި ވިލާތާއި އެމެރިކާ އިން ސޮއިކުރީ 17 ނޮވެންބަރު 1794 ގައެވެ. 

ޖޯޖް ވޮޝިންގޓަން ގެ ވަދާޢީ ޚިޠާބަކީ އެމެރިކާގެ ސިޔާސީ ތާރީކްގައި ނެރެވުނު އެންމެ އަގުހުރި އެއް ޚިތާބެވެ. ޖޯޖް ވޮޝިންގޓަން އަމިއްލަ އަށް ތައްޔާރު ކުރެއްވި މިޚިތާބު ހެދުމަށް ސެކްޓްރީ އޮފް ޓްރެޜަރީ އެލެގްޒެންޑަރ ހެމިލްޓަން ގެ އެހީތެރިކަން ހޯދާފައި ވެއެވެ. އެޚިތާބުގައި ގައުމީ އެއްބައި ވަންތަ ކަމުގެ ބޭނުންތެރިކަމާއި މުހިއްމު ކަމަށް އަލިއަޅުވާލައްވައި ނަޞޭހަތްތެރި ވެފައި ވެއެވެ. 

ޖޯޖް ވޮޝިންގޓަން ގެ މިޚިތާބުގައި އެމެރިކާގެ ދާޚިލީ ކަންތައް ތަކުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުގެ ނުރައްކާތެރިކަމާމެދު އަލިއަޅުވާލައްވައި އެކަމަށް އިންޒާރު ދެއްވައިފައި ވެއެވެ. އަދި މިޚިތާބުގައި އެމެރިކާ މީހުންނަށް އެމީހުންގެ ބޭނުންތަކަށް އެމީހުންގެ ވިސްނުމާއި ފިކުރު އަމާޒު ކުރުމަށް ގޮވާލެއްވި އެވެ. ތަފާތު ގައުމުތަކާއި އެކު ރަހުމަތްތެރިކަން އުފައްދައި ވިޔަފާރީގެ ގުޅުން ގާއިމު ކުރުމަށް ގޮވާލެއްވި އެވެ. 

 

ޖޯޖް ވޮޝިންގޓަން ގެ ހަށިގަނޑު ވަޅުލެވިފައިވަނީ މައުންޓް ވާނޮން ގައެވެ. ޖޯޖް ވޮޝިންގޓަން ގެ މަރަށްފަހު މާރތާ ވޮޝިންގޓަން ވަނީ އެދެމީހުންގެ ހަދާންތައް އަންދާލާފައެވެ. އޭގެތެރެއިން ސަލާމަތް ކުރެވިފައިވަނީ އެންމެ 3 ސިޓީ ކަމުގައި ބުނެވެއެވެ. ޖޯޖް ވޮޝިންގޓަން އަވަހާރަވުމަށްފަހު މައުންޓް ވާނޮން ލިބުނީ އޭނާއަށް ބޮޑު ބޭބެ ކިޔުއްވާ ބުޝްރޯޑް ވޮޝިންގޓަން އަށެވެ.

މިއަދު ޖޯޖް ވޮޝިންގޓަން ގެ މޫނާއި، ޞޫރަ އެމެރިކާގެ ގައުމީ ނިޝާނެއްގެ ގޮތުގައި ދަނީ ބޭނުން ކުރެވެމުންނެވެ. އެއް ޑޮލަރާއި، 4/1 ޑޮލަރު ގައި ޖޯޖް ވޮޝިންގޓަން ގެ މޫނު ކުރަހާފައި ވެއެވެ. އެމެރިކާގައި ހުންނަ ރަޝްމޯ މެމޯރިއަލް ފަރުބަދައިގެ ގާގަނޑުގައި ޖޯޖް ވޮޝިންގޓަން މޫނުގެ ސިފަޔަށް ކަނޑައި ނެގިގެން ބުނދެއް ތައްޔާރު ކުރެވިފައިވެއެވެ. މީގެ އިތުރުން މިފަރުބަދައިގައި ތިއޯޑޯރ ރޫޒަވެލްޓް، ތޯމަސް ޖެފަރސަން، އަދި އަބްރަހަމް ލިންކަންގެ މޫނުވެސް ކަނޑައި ނެގިފައިވެއެވެ. ޖޯޖް ވޮޝިންގޓަން ގެ ހަދާނުގައި ވޮޝިންގޓަން މޮނިއުމަންޓް، އަދި ވާޖީނިއާ ގެ އެލެގްޒެންޑްރިޔާ ގައި ބިނާކުރެވިފައިވާ ޖޯޖް ވޮޝިންގޓަން މެސޮނިކް ނޭޝަނަލް މެމޯރިއަލް ފަދަ ތަންތަނަކީ ޖޯޖް ވޮޝިންގޓަން ގެ ޝަރަފުގައި އެމެރިކާގައި ތައްޔާރު ކުރެވިފައިވާ ފާހަގަ ކޮށްލެވޭ ލޭންޑް މާރކް ތަކެވެ. 

ވަރަށް ގިނަ ތަންތަނަށް ނަންނަން ޖޯޖް ވޮޝިންގޓަން ގެ ނަމާއި ގުޅުވައިގެން ދެވިފައި ވެއެވެ. އެގޮތުން އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީ، ސްޓޭޓް އޮފް ވޮޝިންގޓަން، ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ދަ ޖޯޖް ވޮޝިންގޓަން ޔުނިވަސިޓީ، އަދި ވޮޝިންގޓަން ޔުނިވަސިޓީ ފަދަ ތަންތަނަށް ނަންދެވިފައިވަނީ ވެސް ޖޯޖް ވޮޝިންގޓަން ގެ ނަމާއި ގުޅުވައިގެންނެވެ. 

 
ޖޯޖް ވޮޝިންގޓަން ކުރެއްވި ދަނޑުވެރިކަމުގެ މަސައްކަތުގައި 1760 ވަނަ އަހަރު ދުންފަތް ހެއްދުން ހުއްޓަވާލައްވައި، ގޮދަން ހެއްދުމަށް މަސައްކަތް ބަދަލު ކުރެއްވި އެވެ. އެގޮތުން މައުންޓް ވާނޮން ގައި ގޮދަން ފުށް ތައްޔާރު ކުރުމާއި، ބަގުރާގެ ބާވަތްތައް ހެދުމާއި، ހެދުން ވިޔުން ކުރިޔަށް ގެންގޮސްފައި ވެއެވެ. ޖޯޖް ވޮޝިންގޓަން އަވަހާރަވިއިރު މައުންޓް ވާނޮން ގައި އޭނާގެ އަޅުންގެ ގޮތުގައި 317 މީހުން ތިއްބެވެ. 

އެމެރިކަން އިންގިލާބުގެ ކުރިން އަޅުންނަށް މާބޮޑު އަޅާލުމެއް ޖޯޖް ވޮޝިންގޓަން ދެއްވާފައެއް ނުވެއެވެ. ނަމަވެސް 1778 ވަނަ އަހަރު އަޅުންގެ ރުހުމަކާ ނުލައި އެމީހުން އެހެންމީހުންނަށް ވިއްކުން ޖޯޖް ވޮޝިންގޓަން ހުއްޓަވާލެއްވި އެވެ. ރައީސް ކަމަށް އެރުމަށްފަހު ވެސް ޖޯޖް ވޮޝިންގޓަން ވަނީ އޭނާގެ ބައެއް އަޅުން ފިލަޑެލްފިއާގައި ހުރި ރަސްމީ ގަނޑުވަރުގައި ގެންގުޅެފައެވެ.

ބުނެވޭ ގޮތުގައި ޖޯޖް ވޮޝިންގޓަން އަކީ މަސީޙީ ދީން ގަބޫލު ކުރައްވާ ބޭފުޅެކެވެ. އޭގެ ހެއްކެއްގެ ގޮތުން ތާރީޅް ޢިލްމުވެރިން ސިފަކޮށްފައިވަނީ ބައެއް ފަހަރު މަސީޙީންގެ ފައްޅި އަށް ދިއުމާއި، އަދި މަސީޙީންގެ އާދަކާދަ ތަކުގައި ބައެއް ފަހަރު ޖޯޖް ވޮޝިންގޓަން ބައިވެރިވެ ވަޑައިގެންފައި ވުމެވެ. އަނެއް ބަޔަކު ބުނަނީ އޭނާ އަކީ އެންގްލިކަން ނުވަތަ އެޕިސްކޯޕަލް އެއް ކަމަށެވެ.

މައުންޓް ވާނޮން ގައި މާރތާ އަދި ޖޯޖް ވޮޝިންގޓަން މާރތާ އަށް ލިބިފައިވާ ދެދަރިން ކަމުގައިވާ ޖޯން ޕާރކޭ ކަސްޓިސް އަދި މާރތާ ޕާރކޭ ކަސްޓިސް ބަލައި ބޮޑު ކުރުމުގައި އުޅުނެވެ. އެއަށްފަހު އެމީހުންގެ ދެކާފަ ދަރިން ބަލައި ބޮޑު ކޮށްފައި ވެއެވެ. އެެއީ އެލީނާ ޕާރކޭ ކަސްޓިސް އަދި ޖޯޖް ވޮޝިންގޓަން ޕާރކޭ ކަސްޓިސް އެވެ. 

ޖޯޖް ވޮޝިންގޓަން އާއި މާރތާ ޑެންޑްރިޖް ކަސްޓިސް އަށް ދަރިޔަކު ލިބިފައެއް ނުވެއެވެ. އެއީ ޖޯޖް ވޮޝިންގޓަން އަށް ކަށިވިދުރި ޖެހުމަށްފަހު އެއާއި ވިދިގެން ކެއްސުން ބަލި ޖެހިފައިވާތީ ކަމަށް ވެދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

ހަމަ މިހެން ޖޯޖް ވޮޝިންގޓަން އަށް ބޮޑުބޭބެ ކިޔުއްވާ ދެކުއްޖަކު ބަލާ ބޮޑުކުރެއްވި އެވެ. އެއީ ބުޝްރޯޑް ވޮޝިންގޓަން އަދި ބާރވެލް ބަސެޓް އެވެ. ބުޝްރޯޑް  ވޮޝިންގޓަން އަކީ އެމެރިކާގެ އެސޯޝިއޭޓް ޖަސްޓިސް އޮފް ސްޕްރީމް ކޯޓްގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ. ބާރވެލް ބަސެޓް އަކީ ވާޖީނިއާގެ ކޮންގްރެސްމޭންގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ.




#Article 412: ޖޯން އެޑަމްސް (1102 words)


ޖޯން އެޑަމްސް އަކީ އެމެރިކާގެ ދެވަނަ ރައީސެވެ. އޭނާ ރައީސް ކަން ކުރައްވާފައިވަނީ 1797 ން 1801 އަށެވެ. 1800 ވަނަ އަހަރުގެ އިންގިލާބާއި ގުޅިގެން ބޭއްވުނު އިންތިޚާބުގައި ތޯމަސް ޖެފަރސަން އާއި ވާދަ ކުރައްވައި ބަލިވެ ވަޑައިގެންނެވި އެވެ. ޖޯން އެޑަމްސް އަކީ އެެމެރިކާގެ ފުރަތަމަ ރިޔާސީ ދައުރުގެ ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނާއިބު ރައީސް ކަމުގައި 1789ން 1797 އަށް ހުންނެވި އެވެ. 

 
ޖޯން އެޑަމްސް އުފަންވެފައިވަނީ 22 އޮކްޓޯބަރު 1735ގައި ކަމަށް ބައެއް ލިޔުން ތަކުގައި ވާއިރު އަނެއްބައި ލިޔުންތަކުގައި އޮކްޓޯބަރު 30 އަދި އޮކްޓޯބަރު 19 ކަމަށް ވެސް ލިޔެފައި ވެއެވެ. ޖޯން އެޑަމްސް އަކީ އާއިލާގެ 3 ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ އެވެ. އޭނާ އުފަންވީ މާސަޗޫސިޓްސްގެެ ބްރެއިންޓްރީ އޭ ކިޔުނު އަވަށަކަށެވެ. 1792ގައި މިއަވަށްވަނީ މާސަޗޫސިޓްސްގެ ކްއިންސީ އަވަށުގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައެވެ. ޖޯން އެޑަމްސް އުފަންވި ތަނަކީ މިހާރު އެޑަމްސް ނޭޝަނަލް ހިސްޓޮރިކަލް ޕާރކްގެ ބައެކެވެ. ޖޯން އެޑަމްސް ގެ ބައްޕަ ހެންރީ އެޑަމްސް އަކީ އިގިރޭސި ވިލާތުން މާސަޗޫސިޓްސް އަށް ހިޖުރަކުރި މީހެކެވެ. 

ޖޯން އެޑަމްސް ގެ އުމުރުން 15 އަހަރުގައި ހާރވަޑް ކޮލެޖް އަށް ކިޔަވަން ދިޔައެވެ. ތިއޮލޮޖީ އިން ޑިގްރީ އެއް ޙާޞިލް ކުރުމުގެ ބަދަލުގައި އެކަން ދޫކޮށް ގާނޫނީ ދާއިރާ އަށް ލޯޔަރަކަށްވެ ވަޑައިގަތެވެ. 1755ގައި ހާރވަޑް ކޮލެޖުން ދަސްވެނިވުމަށްފަހު ދެތިން އަހަރު ވޯކެސްޓަރ ގެ ސުކޫލެއްގައި ކިޔަވައި ދިނުމަށް އުޅުނެވެ. އެއަށްފަހު ޖޭމްސް ޕުޓްނާމްގެ ލޯ ފާރމްގައި ގާނޫނީ ދާއިރާއިން ޢަމަލީ ތަޖުރިބާ ޙާޞިލް ކުރެއްވި އެވެ. 

ޖޯން އެޑަމްސް މަޝްހޫރު ވެގެންދިޔައީ އިގިރޭސިންގެ ޓެކްސް ނެގުމާއި އެއާ ބެހޭގޮތުން ގަވާއިދުތައް ހެއްދެވުމަށް ތައްޔާރު ކުރެއްވި ލިޔުންތަކުގެ ސަބަބުންނެވެ. 1774ގައި ޖޯން އެޑަމްސް ކޮންޓިނެންޓަލް ކޮންގްރެސްގައި ބައިވެރިވި އެވެ. 2 ޖުލައި 1776 ގައި ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ކޮންގްރެސް ގައި ގަބޫލުކުރި އެވެ. 

ޖޯން އެޑަމްސް އަކީ 1765 ގައި ބޭއްވި ސްޓޭމްޕް އެކްޓް އާ ފާޅުގޮތެއްގައި ދެކޮޅު ހެއްދެވި ފަރާތެެކެވެ. މާސަޗޫސިޓްސްގެ ގާނޫނު ހަދާ މަޖުލީހުގެ މެންބަރުންނަށް ބްރެއިންޓްރީގެ އަހުލުވެރިންގެ ފަރާތުން ފޮނުވި ކަންތައްތައް ޑްރާފްޓްކޮށް ތައްޔާރު ކުރެއްވީ ޖޯން އެޑަމްސް އެވެ. ޖޯން އެޑަމްސް ތައްޔާރުކުރި މި ކަންތައްތައް ވެގެންދިޔައީ އެހެން ސްޓޭޓްތަކުގެ އަވަށްތަކުގެ އަހުލުވެރިންނަށް އެފަދައިން ޢަމަލު ކުރުމަށް ލިބުނު ނަމޫނާ މޮޑެލް އަކަށެވެ. 

އޮގަސްޓް 1765 ގައި ބޮސްޓަން ގެޒެޓް ކިޔާ މަޖައްލާ އެއްގައި ޖޯން އެޑަމްސް ގެ ފާހަގަކުރެވޭ ތަފާތު 4 ލިޔުމެއް ޝާއިޢުކޮށްފައި ވެއެވެ. މިލިޔުންތަކުގައި ސްޓޭމްޕް އެކްޓާއި ދެކޮޅު ހެއްދެވީ ކީއްވެގެންކަން ޖޯން އެޑަމްސް ބަޔާންކޮށް ދެއްވާފައި ވެއެވެ.

ކޮންޓިނެންޓަލް ކޮންގްރެސް ގައި މިނިސްޓަރ އޮފް ޕްލެނިޕޮޓެންޝަރީ ގެ މަގާމަށް ޖޯން އެޑަމްސް ހޮވުނެވެ. މިމަގާމްގެ ހުންނަ ބޭފުޅެއްގެ ބޭނުމަކީ އިގިރޭސި ސަރުކާރާއި އެކު، ޞުލްޙަޔާއި ވިޔަފާރީގެ އެއްބަސްވުން ތަކުގައި އެމެރިކާގެ ފަރާތުން ވާހަކަ ދައްކައި އެމެރިކާ ތަމްސީލު ކޮށްދިނުމެވެ. އެގޮތުން އިގިރޭސިންނާއި ވާހަކަ ދެއްކުމަށް 1779ގައި އެގައުމަށް ޖޯން އެޑަމްސް ގޮސްފައި ވެއެވެ. 

ޖޯން އެޑަމްސް އަށް އެހީތެރިވުމަށް ތޯމަސް ޖެފަރސަން، ބެންޖަމިން ފްރެންކްލިން، ޖޯން ޖޭ ، އަދި ހެންރީ ލައުރެންސް ކަނޑައެޅުނެވެ. އަދި އިގިރޭސިންނާއި އެކު ބޭއްވި ވާހަކަ ތަކުގައި މައި ދައުރެއް އަދާކުރީ ޖޯން އެޑަމްސް، ޖޯން ޖޭ، އަދި ބެންޖަމިން ފްރެންކްލިން އެވެ. ފަރަންސޭސިންނާއި ވާހަކަ ދެއްކުމުގެ ބަދަލުގައި ޖޯން އެޑަމްސް ގެ ޓީމުން ސީދާ އިގިރޭސި ކޮމިޝަނަރާއި ބައްދަލުކޮށް ވާހަކަތައް ބޭއްވި އެވެ. 

މިވާހަކަ ތަކުގައި އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އެމެރިކާ މީހުންނަށް މަސްވެރިކަން ކުރުމުގެ ޙައްގު ލިބެން ޖެހޭނެ ކަމަށް ޖޯން އެޑަމްސް ބުނެފައި ވެއެވެ. އިގިރޭސިންނާއި އެކު ބޭއްވި ވާހަކަ ތަކުގައި މިސިސިޕީ ކޯރުގެ އިރުން އޮތް ބިންތަކުގެ ތެރެއިން ފްލޮރިޑާ ފިޔަވައި އެހެން ބިންތައް އެމެރިކާ އަށް ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 30 ނޮވެެންބަރު 1782 ގައެވެ. ފްލޮރިޑާ ލިބުނީ ސްޕޭން އަށެވެ. މިވާހަކަތަކުގެ ކުރިން ޖޯން އެޑަމްސް ނެދަލޭންޑް އަށް ގޮސްފައި ވެއެވެ. 

ނެދަލޭންޑް އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެމެރިކާ ދައުލަތެއްގެ ގޮތުގައި ގަބޫލުކޮށް އެމްބެސެޑަރު ކަނޑައެޅި ގައުމެވެ. އަދި ނެދަލޭންޑަށް އެމެރިކާ އިން ކަނޑައެޅި ފުރަތަމަ ސަފީރަކީ ވެސް ޖޯން އެޑަމްސް އެވެ. އޮކްޓޯބަރު 1782 ގައި ނެދަލޭންޑާއި އެމެރިކާ އާއި ދެމެދު ޓްރީޓީ އޮފް އެމިޓީ އެންޑް ކޮމާރސް އޭ ކިޔުނު އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ނެދަލޭންޑްގައި ޖޯން އެޑަމްސް ހުންނެވި ގެއަކީ ބޭރުގައުމެއްގައި އެމެރިކާ އިން ހުޅުވި ފުރަތަމަ އެމްބަސީ ނުވަތަ ސަފާރާ ކަމަށް ވެގެން ދިޔައެވެ. 1785 ގައި އެމެރިކާއިން އިގިރޭސި ވިލާތެއް ކަނޑައެޅި ފުރަތަމަ ސަފީރަކަށް ޖޯން އެޑަމްސް ހަމަޖެހިގެން ދިޔައެވެ.

މާސަޗޫސިޓްސްގެ އާ ދުސްތޫރު 1780 ވަނަ އަހަރު ތަޞްދީގުކޮށް ލިޔުނީ ޚުދު ޖޯން އެޑަމްސް އަމިއްލަ ނަފްސަށެވެ. ލަންޑަންގައި ހުރެ ޖޯން އެޑަމްސް އެމެރިކާ ސަރުކާރުގެ ދުސްތޫރު ހިމާޔަތްކުރުން މިސުރުޚީ އަށް ރިޕޯޓެއް ލިޔެ ޝާއިޢު ކޮށްފައިވެއެވެ. ޖޯން އެޑަމްސް ގެ ހަޔާތުގައި އަޅުން ގަނެގެން އަޅުން ލައްވައި މަސައްކަތް ކުރެއްވުމަށް ލޯބި ކުރައްވާފައެއް ނުވެއެވެ. އަދި ކަޅު ނަސްލުގެ މީހުން ސިފައިންގެ ގޮތުގައި އިންގިލާބުގައި ހަރަކާތްތެރިވުމާ ޖޯން އެޑަމްސް ވަނީ އިދިކޮޅު ހައްދަވާފައެވެ.

ގެ ރިޔާސީ އިންތިޚާބުގައި ފެޑެރަލިސްޓް ޕާޓީގެ ކެންޑިޑޭޓަކީ ޖޯން އެޑަމްސް އެވެ. މީގެ އިތުރުން ދެކުނު ކެރޯލީނާގެ ގަވަރުނަރު ތޯމަސް ޕިކްނޭ ވެސް ފެޑެރަލިސްޓް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އެވެ. ފެޑެރަލިސްޓުން ބޭނުންވީ ޖޯން އެޑަމްސް ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ކުރިމަތި ލައްވައި ތޯމަސް ޖެފަރސަން ބަލިކުރެއްވުމަށެވެ. މީގެ އިތުުރުން ވަރަށް ގިނަ ފެޑެރަލިސްޓުން އެލެގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓުންގެ ކެންޑިޑޭޓަކަށް ހަމަޖެހުމަށް ބޭނުންވި އެވެ. ނަމަވެސް ހެމިލްޓަން އުފަން ގައުމުގައި އެވަގުތު ދިރި ނޫޅޭތީ އޭނާ އަށް އެފުރުޞަތު ގެއްލުނެވެ. 

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޖޯން އެޑަމްސް ހުންނެވީ އުފަން އަވަށް މާސަޗޫސިޓްސްގެ ކްއިންސީ ގައެވެ. އޭނާ ބޭނުންވީ ހަމަޖެހިލައިގެން ހުރެ އިންތިޚާބު ކުރިއަށްދާ ގޮތް ބެލުމަށެވެ. ނަމަވެސް ފެޑެރަލިސްޓް ޕާޓީ އިން ވަރަށް ވަރުގަދަ އަށް ޖޯން އެޑަމްސް އަށް ކެމްޕޭން ކޮށްފައިވެއެވެ. އިންތިޚާބުގައި ޖޯން އެޑަމްސް އަށް ކުރި ލިބުނީ އެންމެ 3 ވޯޓް ކުރިހޯދައިގެންނެވެ. އިންތިޚާބީ ވޯޓްގައި ޖޯން އެޑަމްސް 71 ވޯޓް ހޯއްދެވިއިރު ޖެފަރސަން ލިބިވަޑައިގަތީ 68 ވޯޓެވެ. ޖެފަރސަން އަކީ ޖޯން އެޑަމްސް ރިޔާސީ ދައުރުގެ ނައިބު ރައީސެވެ. އަދި ޖޯން އެޑަމްސް އަށްފަހު އެމެރިކާގެ 3ވަނަ ރައީސްގެ ގޮތުގައި ރައީސްކަމަށް އިސްވި ބޭފުޅާ ވެސް މެއެވެ.

އެމެރިކާގެ ރައީސެއްގެ ހައިސިއްޔަތުން ޖޯން އެޑަމްސް ވިސްނުން ގެންގުޅުއްވީ ފަރަންސީސި އަދި އިގިރޭސިންގެ ވަކިތަކުން ދުރުވެ، ވޮޝިންގޓަން ގެންގުޅުއްވި ސިޔާސަތު ދެމެހެއްޓުމަށް ޓަކައެވެ. އިގިރޭސިންނާއި އެކު ހެދި ޖޭ ޓްރީޓީ ގެ އެއްބަސްވުމަށްފަހު ފަރަންސީސިން އެމެރިކާގެ ވިޔަފާރި ބޯޓްތައް ހިފަހައްޓަން ފެށިއެވެ. 

 
ޖޯން އެޑަމްސް މަސައްކަތް ކޮށްފައިވަނީ ވޮޝިންގޓަންގެ އުޞޫލްތަކާއި އެއްގޮތަށް ޖުމްހޫރީ ވެރިކަމެއް މިސާލެއް ދެއްކެވުމަށް ކަމަށްވުމާއެކު އޭނާގެ ވެރިކަމުގައި އެއްވެސް ކަހަލަ ސިޔާސީ ފަޟީޙަތެއް ކުރިމަތި ވެފައެއް ނުވެއެވެ. ބައެއް ތާރީޚީ މުޙައްލިލުން ދެކެލައްވާގޮތުން ޖޯން އެޑަމްސް ހެއްދެވި އެންމެ ބޮޑު ގޯހަކީ ޖޯން އެޑަމްސް އަމިއްލައަށް އިޚްތިޔާރުކުރި ކެބިނެޓްގެ ބަދަލުގައި އެލްގްޒެންޑަރ ހެމިލްޓަން އިޚްތިޔާރު ކުރި ކެބިނެޓެއް ދެމެހެއްޓެވުން ކަމެެވެ. 

އެމެރިކާގެ ރިޔާސަތުގައި ޖޯން އެޑަމްސް ހޭދަކުރެއްވި މުއްދަތުގެތެރޭގައި އިގިރޭސިންނާއި ފަރަންސީސިންގެ ދެމެދުގައި ހަގުރާމަ ދިޔައީ ކުރެވެމުންނެވެ. ޖޯން އެޑަމްސް އާއި ފެޑެރަލިސްޓުން އިގިރޭސިންގެ ކޮޅަށް ޖެހުނު އިރު ތޯމަސް ޖެފަރސަން އާއި، ޑިމޮކްރެޓިކް ރިޕަބްލިކަންސް އޮތީ ފަރަންސީސިންގެ ކޮޅަށް ޖެހިފައެވެ. 1798 ގައި ފަރަންސީސިންނާއި އެމެރިކާ އާއި ދެމެދު ކްއޭސީ-ހަގުރާމަ ހިނގި އެވެ. އަދި 1798 ގައި އެލައިން އެންޑް ސެޑިޝަން އެކްޓްސް ގައި ޖޯން އެޑަމްސް ސޮއި ކުރިއެވެ. 

ބަޔާންކުރެވުނު އެކްޓް ތައް ވަނީ ތަފާތު ވަކި 4 ބަޔަކަށް ބަހާލެވިފައެވެ. އެބައިތައް ތިރީގައި މިވަނީ އެވެ.

ނިއުޓްރަލައިޒޭޝަން އެކްޓްގެ ދަށުން އެމެރިކާ އަށް އުފަންވާ ބޭރުމީހުންނަށް އެމެރިކާގެ ދޭސީއަކަށްވުމަށް ހޭދަކުރަން ޖެހޭ މުއްދަތު 14 އަހަރަށް އިތުރުވެގެން ދިޔައެވެ. އެލައިން ފްރެންޑް އެކްޓް އަދި އެލައިން އެނެމީޒް އެކްޓްގެ ދަށުން އެމެރިކާ އަށް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭ މީހެއް ކަމަށް ހީވާނަމަ އެމީހަކު އަބުރާ އެމެރިކާއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ ބާރު ރައީސަށް ލިބިދެއެވެ. ސެޑިޝަން އެކްޓްގެ ދަށުން ފެޑެރަލް ސަރުކާރަށް ޢާންމުންގެ ތެރޭގައި ފާޑުކިޔާ މީހުން ގާނޫނީގޮތުން ކުށްވެރި ވެއެވެ. އަދި އަދަބެއްގެ ގޮތުން 5-2 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުމާއި، 5-2 ހާހާއި ދެެމެދުގެ އަދަދަކަށް އެމެރިކާގެ ޑޮލަރުން ޖޫރިމަނާ ކުރުން ހިމެނެއެވެ. 

ޖޯން އެޑަމްސް އަވަހާރަވުމުގެ 16 މަސް ކުރިން އެމެރިކާގެ 6 ވަނަ ރައީސް ކަމަށް ޖޯން އެޑަމްސް ގެ ދެވަނަ ދަރިކަލުން ޖޯން ކްއިންސީ އެޑަމްސް އިސްކުރެވުނެވެ. 2001 ގައި އެމެރިކާގެ ރައީސް ކަމަށް ޖޯޖް ވޯލްކަރ ބުޝް އިސްވުމާއި ހަމައަށް ޖޯން ކްއިންސީ އެޑަމްސް ވެފައިވަނީ އެމެރިކާގެ ތާރީޚްގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ ދަރިއެއްގެ ގޮތުގައި ރައީސްކަމަށް އެރުއްވި ފުރަތަމަ ބޭފުޅާގެ ގޮތުގައެވެ.

ޖޯން އެޑަމްސް އަވަހާރަވީ 4 ޖުލައި 1826 ގައި ކްއިންސީގައި ހުރި އޭނާގެ އަމިއްލަ ގެކޮޅުގައެވެ. ޖޯން އެޑަމްސް އެންމެ ފަހު ބަހަކަށް ބުނެފައިވަނީ ތޯމަސް ޖެފަރސަން ސަލާމަތްވާހުށި! މިހެންނެވެ. އެކަމަކު ޖޯން އެޑަމްސް މިހެން ބުނިއިރު އެދުވަހުގެ ތަންކޮޅެއް ކުރީގެ ވަގުތެއްގައި ޖޯން އެޑަމްސް ގެ ސިޔާސީ ވާދަވެރިޔާ، ދުވަސްވީ ރަހުމަތްތެރިޔާ، ތޯމަސް ޖެފަރސަންވަނީ އަވަހާރަ ވެފައެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ 3ވަނަ ރައީސެވެ. 

ޖޯން އެޑަމްސް ގެ މަހާނަ ނުވަތަ ސަންދޯން ބޭއްވިފައިވަނީ މާސަޗޫސިޓްސްގެ ކްއިންސީގައި ހުންނަ ޔުނައިޓެޑް ފަސްޓް ޕެރިޝް ފައްޅީ ގައެވެ. 2001 ގައި ރޮނާލްޑް ރޭގަން އަވަހާރަ ވުމާއި ހަމައަށް އެންމެ ދިގު މުއްދަތަކަށް ދިރި ދުނިޔޭގައި ހުންނެވި އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅާގެ ލަގަބު އޮތީ ޖޯން އެޑަމްސް އަށެވެ. އެއީ 90 އަހަރާއި 247 ދުވަހެވެ. އެހެން ކަމުން މިރިކޯޑް 175 އަހަރު ވަންދެން ޖޯން އެޑަމްސް އަށް ލިބިފައި އޮތެވެ. އޭގެ ފަހުން މިރިކޯޑް ވަނީ ގެރަލްޑް ފޯރޑް އަށް ލިބިފައެވެ. 26 ޑިސެމްބަރ 2006 ގައި ގެރަލްޑް ފޯރޑް އަވަހާރަވި އިރު އުމުރު ފުޅަކީ 93 އަަހަރާއި 165 ދުވަހެވެ.

ޖޯން އެޑަމްސް އަކީ ކޮންގްރެގޭޝަނަލިސްޓެއްގެ ގޮތުގައި ހުރެފައި ޔުނިޓޭރިއަން އަކަށް ބަދަލުވި ބޭފުޅެކެވެ. އެއީ އެދުވަސް ވަރު ޖޯން އެޑަމްސް އުޅުއްވި ބޮސްޓަންގެ ފައްޅިތައް ޔުނިޓޭރިއަނިޒަމް އަށް ބަދަލުވެގެން ގޮސްފައިވާތީ އެވެ. ކެތޮލިކް ފައްޅިތަކާއި އިދިކޮޅަށް ޖޯން އެޑަމްސް މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެވެއެވެ. ޖޯން އެޑަމްސް ބުނެފައިވާ ތަފާތު ބަސްތަކުންނާއި. ލިޔެފައިވާ ތަފާތު ލިޔުންތަކުން އޭނާއަކީ އެތީސްޓެއް ނޫންކަން ވަރަށް ރަގަޅަށް ހާމަވެއެވެ. އެހެންކަމުން އޭނާ އަކީ އެތީސްޓެއްކަމަށް ބުނާބުނުން ގަބޫލުކުރަން ދަތިވެއެވެ.




#Article 413: ތޯމަސް ޖެފަރސަން (1577 words)


ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ 3 ވަނަ ރައީސެވެ. 13 އޭޕްރީލް 1743 ގައި އުފަންވެ ވަޑައިގަތް ތޯމަސް ޖެފަރސަން ވަނީ އެމެރިކާގެ ރައީސްކަން ޖެހިޖެހިގެން ދެދައުރުގައި ކޮށްފައެވެ. އެއީ 1801ން 1809 އަށެވެ. 1776ގައި އެކުލަވާލެވުނު ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގެ މައި މުއައްލިފަކީ ތޯމަސް ޖެފަރސަން އެވެ. އެމެރިކާއަށް ޖުމުހޫރިއްޔަތު ގެނައުމުގެ މައިތަބު ތަކުގެ ތެރޭގައި ތޯމަސް ޖެފަރސަން ހިމެނި ވަޑައިގަންނަވައެވެ. އޭނާގެ ވެރިކަމުގައި ހިގާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި 1803 ވަނަ އަހަރު ލުއިޒިއާނާ އެމެރިކާ އަށް ލިބުމާއި، އަދި 1804ން 1806 އަށް ހިންގުނު ލުއިސް އެންޑް ކްލާރކް އެކްސްޕިޑިޝަން ހިމެނެއެވެ. 

ސިޔާސީ ފިލޯސަފަރެއްގެ ގޮތުން ސިޔާސީ މައިދާނުގައި ތޯމަސް ޖެފަރސަން އަކީ ފާހަގަކޮށްލެވޭނެ ފަރާތެކެވެ. ފަރަންސޭސި އަދި އިގިރޭސި ވިލާތުގެ ގިނަ ސިޔާސީ ލީޑަރުން ދެނެވަޑައި ގަންނަވާ ބޭފުޅަކަށް ތޯމަސް ޖެފަރސަން ވަނީ ވެފައެވެ. 1779ން 1786އަށް ވާޖީނިއާ ސްޓެޓިއުޓް ފޯރ ރިލިޖަސް ފްރީޑަމް ލިޔުއްވި ބޭފުޅަކީ ވެސް ތޯމަސް ޖެފަރސަން އެވެ. 

ޖެފަރސަނިއަން ޑިމޮކްރަސީ މިނަން ނެގިފައިވަނީ ވެސް ތޯމަސް ޖެފަރސަން އާއެވެ. އޭނާ އަކީ އެމެރިކާގެ ސިޔާސީ ތާރީކްގައި 25 ވަރަކަށް އަހަރު ވެރިކަން ހިންގި ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ބާނީ އަދި ފުރަތަމަ ލީޑަރުވެސް މެއެވެ. 1779ން 1781 އަށް ވާޖީނިއާ ގެ ގަވަރުނަރުކަން ތޯމަސް ޖެފަރސަން ކުރައްވާފައި ވެއެވެ. 1789ން 1793 އަށް އެމެރިކާގެ ފުރަތަމަ ސެކްޓަރީ އޮފް ސްޓޭޓްގެ މަގާމް ފުރުއްވާފައި ވެއެވެ. އަދި 1797ން 1801 އަށް އެމެރިކާގެ ދެވަނަ ނައިބު ރައީސްގެ މަގާމް ވެސް އަދާކޮށްފައި ވެއެވެ. 

ތޯމަސް ޖެފަރސަން އަކީ ތަފާތު ޢިލްމު ދެނެލައްވާ އެޢިލްމުތަކަށް މޮޅު ބޭފުޅެކެވެ. ތޯމަސް ޖެފަރސަން އަކީ ހޯރޓިކަލްޗަރިސްޓް އެކެވެ. ޕޭލްއޮންޓޯލޮޖިސްޓް އެކެވެ. އާކިއޮލޮޖިސްޓް އެކެވެ. އާކިޓެކްޓް އެކެވެ. އިންވެންޓަރ އެކެވެ. އަދި ލިޔުންތެރިއެއް ވެސް މެއެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ މަޝްހޫރު ވާޖީނިއާ ޔުނިވަސިޓީގެ ބާނީ އެވެ.

 
ތޯމަސް ޖެފަރސަން އުފަންވެ ވަޑައިގަތީ 13 އޭޕްރީލް 1743 ގައި ވާޖީނިއާގެ މުއްސަދި ޢާއިލާ އަކަށެވެ. އެއީ އާއިލާގައި ހިމެނޭ 8 ކުދިންގެ ތެރެއިން 3 ވަނަ ކުއްޖާއެވެ. ތޯމަސް ޖެފަރސަން ގެ މަންމައަކީ އިޝާމް ރޮންޑަލްފް ގެ އަންހެން ދަރިކަލުން ޖޭން ރޮންޑަލްފް އެވެ. ތޯމަސް ޖެފަރސަންގެ ބައްޕައަކީ ޕީޓަރ ޖެފަރސަން އެވެ. އެއީ ދަނޑުވެރި އެކެވެ. އަދި ސާވޭޔަރެއް ވެސް މެއެވެ. ތޯމަސް ޖެފަރސަން ގެ ބައްޕަގެ ދަނޑުބިންތައް ވާޖީނިއާގެ އަލްބިމާރލީ ކައުންޓީގައި ވެއެވެ. 

ތޯމަސް ޖެފަރސަން ގެ ބައްޕަގެ މަރަށްފަހު 1758ން 1760 އަށް ވާޖީނިއާގެ ޝެޑްވެލް އާ 12 މޭލު ދުރުގައިވާ ފްރެޑްރިކްވިލީ ޕެރިޝް ގައިވާ ބޯޑިންގ ސުކޫލަކުން ޖާގަ ހޯދިއެވެ. އަދި އެތާގައި ތާރީޚާއި ސައިންސް ކިޔަވާފައި ވެއެވެ. 

މީގެ އިތުރުން ފަރަންސޭސި ބަސް ރަގަޅަށް އުގެނެ، އަބަދުވެސް ގްރީކް ބަސް ދަސްކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި އަބަދުވެސް ވިއޫލިން ކުޅުމަށް ލޯބި ކުރެއްވި ކަމަށްވެއެވެ. ޢާއިލީ ކަމެއްގެ ގޮތުން ތޯމަސް ޖެފަރސަން އަށްވަނީ ގިނައިރު ކިޔަވަން ހޭދަކުރުން އާދަވެފައެވެ. ޢާންމުކޮށް ދުވާލަކު 15 ގަޑިއިރު ތޯމަސް ޖެފަރސަން ކިޔަވަން ހޭދަކުރި ކަމަށްވެއެވެ. 

ކުރިން ބުނި ކޮލެޖްގައި އުޅުނު އިރު ތޯމަސް ޖެފަރސަން އަކީ ސިއްރު އޯގަނައިޒޭޝަނެއް ކަމަށްވާ ފްލެޓް ހެޓް ކްލަބްގެ މެންބަރެއް ވެސް މެއެވެ. ކޮލެޖް ކެމްޕަސްގައި ތޯމަސް ޖެފަރސަން ދިރިއުޅުނު އިމާރާތަކީ މިހާރުގެ ކްރިސްޓޮފަރ ވްރެން ބިލްޑިންގ އެވެ. ޝާހީ ގަވަރުނަރު ފްރެންކިސް ފޯކިއާރ ގެ ޕާރޓީތަކަށް ތޯމަސް ޖެފަރސަން ޢާންމުކޮށް ގޮސްފައި ވެއެވެ. އަދި އެތާގައި އޭނާގެ ވިއޫލިން އިން މިއުޒިކް ކުޅެ، ޅައުމުރުގައި ބަނގުރާ ބޯން ފަށާފައި ވެއެވެ. 1762 ގައި ކޮލެޖުން ދަސްވެ ނިވުމަށްފަހު އޭނާ ރަހުމަތްތެރިއެއް ކަމުގައިވާ ޖޯޖް ވީތު އާއެކު ގާނޫނު އުގެނިފައި ވެއެވެ. 

ވާޖީނިއާގެ ހައުސް އޮފް ބާރގްސެސް ގައި ތޯމަސް ޖެފަރސަން ވަނީ ގާނޫނީ ދާއިރާއިން ޚިދުމަތް ކޮށް ތަމްރީނު ހޯއްދަވާފައެވެ. 1774ގައި އަ ސަމަރީ ވިއު އޮފް ޛަ ރައިޓްސް އޮފް ބްރިޓިޝް އެމެރިކާ ގެ ނަމުގައި ވާޖީނިއާގެ ފަރާތުން ނޭޝަނަލް ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން ހުށަހެޅުމަށް ލިޔުމެއް ތައްޔާރު ކުރެއްވި އެވެ. 

ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ލިޔުއްވި މައި އެއް ލިޔުންތެރިއަކީ ތޯމަސް ޖެފަރސަން އެވެ. އެމެރިކާ ސިޔާސަތު އަދި އެމެރިކާގެ މަދަނީ ޘަގާފަތަށް ތޯމަސް ޖެފަރސަން ވަނީ ޚިދުމަތްތަކެއް ކޮށްދީފައެވެ. ކޮންޓިނެންޓަލް ކޮންގްރެސް ގައި ޑެކްލަރޭޝަން ލިޔުމަށްޓަކައި 5 މެންބަރުންގެ ކޮމިޓީއެއް ހޮވުނެވެ. އެކޮމިޓީގައި ތޯމަސް ޖެފަރސަން ހިމެނިގެން ދިޔައެވެ. އަދި ޑެކްލަރޭޝަން ލިޔެފައިވަނީ އެހެން މީހެއްގެ އެހީތެރިކަމެއްނެތި ތޯމަސް ޖެފަރސަން އެކަންޏެވެ. 

 

 
ފަރަންސޭސި ވިލާތަށް އެމެރިކާއިން ކަނޑައެޅި މިނިސްޓަރެއްގެ ގޮތުގައި 1785ން 1789 އަށް ތޯމަސް ޖެފަރސަން ޚިދުމަތް ކޮށްފައިވެއެވެ. އެދުވަސްވަރު ޕެރިސްގައި ހުންނަ އެލީސެސް ކެމްޕަސް ގައި ތޯމަސް ޖެފަރސަން ދިރިއުޅުއްވި އެވެ. ކޮންސްޓިޓިއުޝަނަލް ކޮންވެންޝަން އަށް ތޯމަސް ޖެފަރސަން ޙާޟިރުވެފައެއް ނުވެއެވެ. އެކަމަކު އޭގެ ބަދަލުގައި ތޯމަސް ޖެފަރސަން ތާއީދު ކުރެއްވީ އާ ކޮންސްޓިޓިއުޝަން އަކަށެވެ. 

 
ފަރަންސޭސި ވިލާތުން އެބުރި އައިސް އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގ ޓަންގެ ސަރުކާރުގައި އަދި އެމެރިކާގެ ފުރަތަމަ ސެކެޓްރީ އޮފް ސްޓޭޓް ގެ މަގާމް 1789ން 1793 އަށް ތޯމަސް ޖެފަރސަން ވަނީ ފުރުއްވާފައެވެ. ތޯމަސް ޖެފަރސަން ޖޯޖް ވޮޝިންގޓަންގެ އަރިސް ބޭފުޅެއްކަމަށްވާ އެލެގްޒެންޑަރ ހެމިލްޓަން އާއި ދެމެދު ހަގުރާމައިގެ ދަރަންޏާއި ގުޅިގެން ތަފާތު އަރާރުންތަކާއި ދެބަސްވުންތައް އުފެދުނެވެ. ހެމިލްޓަން ބުނާގޮތުން ހަގުރާމައިގެ ދަރަނި ޖެހޭނީ ހަމަހަމަގޮތެއްގައި ހުރިހާ ސިޓީތަކެއް ޙިއްޞާވާގޮތަށް ބެހިގެން ދާށެވެ. ނަމަވެސް ތޯމަސް ޖެފަރސަން ބުނާގޮތުން އެސިޓީއެއްގެ ދަރަންޏާއި ޒިންމާވާން ޖެހޭނީ އެސިޓީ އަކުންނެވެ. އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ދެެމެދު 1793 ގައި ކުރެވުނު ހަގުރާމައިގެ ތެރޭގައި ތޯމަސް ޖެފަރސަން ތާއީދު ކުރެއްވީ ފަރަންސޭސި ސަރުކާރުގެ ކޮޅަށެވެ. 

 

 

އެމެރިކާގައި ރިޔާސަތުގައި އާދެ! އެމެރިކާގެ ރައީސް ކަމުގެ މަގާމް ތޯމަސް ޖެފަރސަން ފުރުއްވާފައިވަނީ  މާރޗް 4 1801ން މާރޗް 4 1809 އަށެވެ. ތޯމަސް ޖެފަރސަން ގެ ދައުރު ފާހަގަ ވެގެން ގޮސްފައިވަނީ ރަށްފުށުގެ އަހުލުވެރިންގެ ހައްގު ތަކަށް އަޅާލާ، ހިފެހެއްޓިފައިވާ ސަރުކާރެއް އޮތް ދުވަސްވަރެއްގެ ގޮތުގައެވެ. 

 
ޢަޖާއިބު ކުރުވަނިވި އެއްކަމަކީ ތޯމަސް ޖެފަރސަން އަކީ ރިޕަބްލިކަން ޕާޓީ އިން އިންތިޚާބުވެ ވަޑައިގަތް ރިޕަބްލިކަން އެއް ކަމަށްވިޔަސް، ފެޑެރަލިސްޓުންގެ ސިޔާސަތު ތޯމަސް ޖެފަރސަން ގެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ ކަމެވެ. އެގޮތުން އެލެގްޒެންޑަރ ހެމިލްޓަން ފެށި ގައުމީ ބޭންކްގެ މަޝްރޫޢު ކުރިއަށް ގެންދެވިއެވެ. ސެޑިޝަން އެކްޓް ޝެޑިއުލްގައިވާ ގޮތަށް 1801 ގައި ހަމަވެގެން ދިޔައިރު، އެލައިން އެކްޓް ތަކުގެ ތެރެއިން ކޮންމެވެސް އެއް އެއްބަސްވުމެއް އަަހަރަކަށްފަހު އުވާލިއެވެ. ސެޑިޝަން އެކްޓްގެ ދަށުން ބަންދުކުރެވިފައި ތިބި އެންމެން މިނިވަން ކޮށް ދޫކޮށްލެވުނެވެ. ތޯމަސް ޖެފަރސަން ގެ ދައުރުގައި ގައުމީ ދަރަނީގެ ނިސްބަތް ކުޑަކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ހަމަމިހެން އަސްކަރިއްޔާގެ ބާރު ކުޑަކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން 1812 ވަނަ އަހަރު އެމެރިކާ ކުރި ހަގުރާމައިގައި ބަލިވެފައިވެއެވެ. ނުވަތަ ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

 
ތޯމަސް ޖެފަރސަން ވެރިކަމަށް އިސްވުމުގެ ކުރިން ކަނޑައަޅާފައި ތިބި ފަނޑިޔާރުންނާއި މެދު ތޯމަސް ޖެފަރސަން އިތުބާރެއް ނުކުރެއްވި އެވެ. އަދި 1801 ވަނަ އަހަރު ގެ ޖުޑިޝަރީ އެކްޓް އުވާލެއްވި އެވެ. އަދި ވަރަށް ގިނަ ޝަރުޢީ ކޯޓްތައް ވެސް އުވާލެއްވި އެވެ. 

 
ޖޭ ޓްރީޓީ ގެ އެއްބަސްވުން ތޯމަސް ޖެފަރސަން ވަނީ ކުރިއަށް ގެންގޮސްފައެވެ. ލަންޑަންގައި ފެޑެރަލިސްޓުން ބަހައްޓާފައި ހުރި މިނިސްޓަރު ވެސް ބެހެއްޓެވިއެވެ. އަދި ދެގައުމުގެ ދެމެދުގައި ވާހަކަތައް ބާއްވައިފައި ވެއެވެ. ލޫޒިޔާނާ އަލުން އެމެރިކާ ލިބިފައިވަނީ 1803 ވަނަ އަހަރު އެވެ. 

 

އެމެރިކާގެ ރިޔާސަތުން ވަކިވެ ވަޑައިގަތުމަށްފަހު ތޯމަސް ޖެފަރސަން ހަރަކާތްތެރިވެފައިވަނީ ޢާންމު ރައްޔިތުންނާއި ގުޅުން ހުރި ދާއިރާ ތަކުގައެވެ. ޚާއްޞަކޮށް މަތީ ތަޢުލީމީ ފުރުޞަތުތައް ތަނަވަސް ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އެވެ. އާދާއިރާތަކުން މަތީ ތަޢުލީމު އުގެނުމުގެ ފުރުޞަތު ފަހިކުރުމަށް މަސައްކަތް ކުރެއްވި އެވެ. 1800 ވަނަ އަހަރު ޖޯސެފް ޕްރިސްޓްލީ އަށް ފޮނުވި ސިޓީއެއްގައި ތޯމަސް ޖެފަރސަން ޔުނިވަސިޓީއެއް ހެދުމުގެ ޚިޔާލު ގެންގުޅޭކަން ޚިޔާލު ކުރާކަމަށް ލިޔެފައި ވެއެވެ. 

ތޯމަސް ޖެފަރސަން މިހުވަފެން ހަގީގަތަކަށްވީ 1819 ވަނަ އަހަރު ވާޖީނިއާ ޔުނިވަސިޓީ އުފެދިގެން ދިއުމުންނެވެ. ތޯމަސް ޖެފަރސަން ބާނީއެއްގެ ގޮތުގައި ވެފައިވާ މިޔުނިވަސިޓީ ރަސްމީ ގޮތުން ހުޅުވިފައި ވަނީ 1825 ވަނަ އަހަރު އެވެ. ވާޖީނިއާ ޔުނިވަސިޓީގެ ޢިމާރާތަކީ އެދުވަސްވަރު އުތުރު އެމެރިކާ ބައްރުގައި ބިނާކުރެވުނު އެންމެ ވަރުގަދަ އެއް ޢިމާރާތެވެ.

ތޯމަސް ޖެފަރސަން ނިޔާވެފައިވަނީ 4 ޖުލައި 1826 ގައެވެ. އެއީ އެމެރިކާގެ ދެވަނަ ރައީސް ޖޯން އެޑަމްސް ވެސް އަވަހާރަވި ދުވަހެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ މުއްސަދި އާއިލާއަކަށް އުފަންވި ބޭފުޅެއް ނަމަވެސް އޭނާ ނިޔާވިއިރު ވަނީ ވަރަށް ބޮޑަށް ދަރާފައެވެ. އޭނާގެ މިލްކިއްޔާތުގައި ހުރި ތަކެތި ވަނީ ނީލަމުގައި ވިއްކާލާފައެވެ. 1831 ވަނަ އަހަރު ތޯމަސް ޖެފަރސަން ގެ 552 އޭކަރުގެ ބިން 7 ހާސް ޑޮލަރަށް ޖޭމްސް ޓީ ބާކްލޭ އަށް ވިއްކާލާފައި ވެއެވެ. ތޯމަސް ޖެފަރސަން ފަސްދާނު ލެވިފައިވަނީ ވާޖީނިއާގެ ޗާލޮޓްސް ވިލީ ގައި ވާ ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު މޮންޓިސެއްލޯ ގައެވެ. ތޯމަސް ޖެފަރސަން ގެ އެދުމަށް މޮންޓިސެއްލޯ ފަހުން ވަނީ ނޭވީ އޮފިސަރުންގެ ޔަތީމް ދަރިންނަށް ކިޔަވައިދޭ ސުކޫލެއް ހެދުމަށް ބޭނުން ކުރެވިފައެވެ. އޭނާގެ މަގުބަރާގައިވާ މަހާނަ ގަލުގައި އަންނަނިވި ޢިބާރާތްތައް ލިޔެފައި ވެއެވެ.

HERE WAS BURIED THOMAS JEFFERSON 

AUTHOR OF THE DECLARATION OF AMERICAN INDEPENDENCE 

OF THE STATUTE OF VIRGINIA FOR RELIGIOUS FREEDOM 

AND FATHER OF THE UNIVERSITY OF VIRGINIA

ތޯމަސް ޖެފަރސަން އަކީ އާރކިޓެކްޓް އެކެވެ. ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު ވާޖީނިއާގެ ޗާލޮޓްސްވިލީ ގައިވާ މޮންޓިސެއްލޯ ފަރުމާކޮށް ހަދާފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ. މޮންޓިސެއްލޯގައި އުޓޮމެޓިކް ދޮރުތަކާއި، ރިވޮލްވިންގ ގޮނޑި އަދި އެހެނިހެން ތަފާތު އާ އަދަވާތްތައް ވެއެވެ. އެހުރިހާ އެއްޗެއްވެސް ފަރުމާކޮށް ތައްޔާރު ކޮށްފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ. 

އެމެރިކާގެ ވާޖީނިއާ ޔުނިވަސިޓީ އުފެއްދި ބާނީގެ އިތުރުން ތޯމަސް ޖެފަރސަން އަކީ އެ ޔުނިވަސިޓީގެ ކަރިިކިއުލަމް އެކުލަވާ ލައްވައި، އިމާރާތްތައް ފަރުމާ ކުރެއްވި ފަރާތް ވެސް މެއެވެ. މިއަދު ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު މޮންޓިސެއްލޯ އަދި ވާޖީނިއާ ޔުނިވަސިޓީގެ އިމާރާތަކީ އެމެރިކާގައި ހުރި އިންސާނުން އަތުން ހަދާފައިވާ ތަންތަންގެ ތެރެއިން ވޯލްޑް ހެރިޓޭޖް ސައިޓްގައި ހިމާޔަތް ކުރެވިފައިވާ ތަންތަންކަމަށް ބުނެފައިވާ ދެތަނެވެ. 

ތޯމަސް ޖެފަރސަން އެންމެ ޝައުގުވެރިވި އެއް ދާއިރާ އަކީ އާކިއޮލޮޖީ އެވެ. އެއް ދުވަސްވަރެއްގެ އާކިއޮލޮޖީ ގެ ބައްޕަ މިނަމުން ނިސްބަތް ކުރެވުނެވެ. 1784ގައި ވާޖީނިއާގައިވާ އިންޑިއަން ބަރިއަލް މަންޑް ކޮނެ ހެދުމުގެ ތެރޭގައި ތޯމަސް ޖެފަރސަން ވަނީ ޢަމަލީ ގޮތުން ބައިވެރި ވެފައެވެ. 

ތޯމަސް ޖެފަރސަން އޭނާގެ ގެކޮޅު މޮންޓިސެއްލޯ މަސް ފެންގަނޑެއް ތައްޔާރު ކުރައްވައިގެން ބެލެހެއްޓެވި އެވެ. 1 ފޫޓް ފުންމިނުގެ މި ފެންގަނޑު ތޯމަސް ޖެފަރސަން ބޭނުންކުރެއްވީ ޢާންމުކޮށް ނުގެންގުޅޭ ބާވަތްތަކުގެ މަސްތައް ގެންގުޅުމަށެވެ. މި ފެންގަނޑު އޮންނަނީ މޮންޓިސެއްލޯގެ ހުޅަގު ފަރާތުން ގޯތިތެރޭގައެވެ. 

ތޯމަސް ޖެފަރސަން އަކީ އާރކިޓެކްޓް އެކެވެ. ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު ވާޖީނިއާގެ ޗާލޮޓްސްވިލީ ގައިވާ މޮންޓިސެއްލޯ ފަރުމާކޮށް ހަދާފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ. މޮންޓިސެއްލޯގައި އުޓޮމެޓިކް ދޮރުތަކާއި، ރިވޮލްވިންގ ގޮނޑި އަދި އެހެނިހެން ތަފާތު އާ އަދަވާތްތައް ވެއެވެ. އެހުރިހާ އެއްޗެއްވެސް ފަރުމާކޮށް ތައްޔާރު ކޮށްފައިވަނީ ޚުދު ތޯމަސް ޖެފަރސަން އެވެ. 

އެމެރިކާގެ ވާޖީނިއާ ޔުނިވަސިޓީ އުފެއްދި ބާނީގެ އިތުރުން ތޯމަސް ޖެފަރސަން އަކީ އެ ޔުނިވަސިޓީގެ ކަރިިކިއުލަމް އެކުލަވާ ލައްވައި، އިމާރާތްތައް ފަރުމާ ކުރެއްވި ފަރާތް ވެސް މެއެވެ. މިއަދު ތޯމަސް ޖެފަރސަން ގެ އަމިއްލަ ގެކޮޅު މޮންޓިސެއްލޯ އަދި ވާޖީނިއާ ޔުނިވަސިޓީގެ އިމާރާތަކީ އެމެރިކާގައި ހުރި އިންސާނުން އަތުން ހަދާފައިވާ ތަންތަންގެ ތެރެއިން ވޯލްޑް ހެރިޓޭޖް ސައިޓްގައި ހިމާޔަތް ކުރެވިފައިވާ ތަންތަންކަމަށް ބުނެފައިވާ ދެތަނެވެ. 

ތޯމަސް ޖެފަރސަން އެންމެ ޝައުގުވެރިވި އެއް ދާއިރާ އަކީ އާކިއޮލޮޖީ އެވެ. އެއް ދުވަސްވަރެއްގެ އާކިއޮލޮޖީ ގެ ބައްޕަ މިނަމުން ނިސްބަތް ކުރެވުނެވެ. 1784ގައި ވާޖީނިއާގައިވާ އިންޑިއަން ބަރިއަލް މަންޑް ކޮނެ ހެދުމުގެ ތެރޭގައި ތޯމަސް ޖެފަރސަން ވަނީ ޢަމަލީ ގޮތުން ބައިވެރި ވެފައެވެ. 

ތޯމަސް ޖެފަރސަން އޭނާގެ ގެކޮޅު މޮންޓިސެއްލޯ މަސް ފެންގަނޑެއް ތައްޔާރު ކުރައްވައިގެން ބެލެހެއްޓެވި އެވެ. 1 ފޫޓް ފުންމިނުގެ މި ފެންގަނޑު ތޯމަސް ޖެފަރސަން ބޭނުންކުރެއްވީ ޢާންމުކޮށް ނުގެންގުޅޭ ބާވަތްތަކުގެ މަސްތައް ގެންގުޅުމަށެވެ. މި ފެންގަނޑު އޮންނަނީ މޮންޓިސެއްލޯގެ ހުޅަގު ފަރާތުން ގޯތިތެރޭގައެވެ. 

ތޯމަސް ޖެފަރސަން އަކީ އެމެރިކާގައި ޖުމްހޫރީ ނިޒާމް ބިނާކުރެއްވުމުގައި ލީޑް ރޯލް ކުޅުއްވި ފަރާތެވެ. 1790 ވަނަ އަހަރު އެލްގްޒެންޑަރ ހެމިލްޓަން އަދި ޖޯން އެޑަމްސް ގުޅިގެން އެމެރިކާގައި އިގިރޭސި ވިލާތުގައި އޮންނަ ފަދަ ރަސްކަމެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ތޯމަސް ޖެފަރސަން އިންޒާރު ކުރެއްވި އެވެ. 1812 ވަނަ އަހަރުގެ ހަގުރާމަ އަށް ތޯމަސް ޖެފަރސަން ތާއީދު ކުރެއްވި އެވެ. މިހަގުރާމަ އަކީ ކެނެޑާއިން އިގިރޭސި އަސްކަރީ ބާރު ދުއްވާލުމަށްޓަކައި ކުރެވުނު ހަގުރާމަ އެކެވެ. 

ތޯމަސް ޖެފަރސަން ގެ ވެރިކަމުގައި ގައުމީ ބޭންކް ގެ ނިޒާމް ގާއިމުކުރެއްވުމަށް ތޯމަސް ޖެފަރސަން އިދިކޮޅު ހެއްދެވިއެވެ. އެގޮތުން ތޯމަސް ޖެފަރސަން ބުނެފައި ވެއެވެ.  ސިފައިން ނުވަތަ އާރމީން ގައުމުގައި ބޭތިއްބުމަށްވުރެ ވެސް ބޭންކުތައް ގާއިމް ކުރުމުގެ ނުރައްކާތެރިކަން ބޮޑެވެ. ތޯމަސް ޖެފަރސަން މި އިދިކޮޅު ހެއްދެވުން އޮތް ނަމަވެސް 1816 ވަނަ އަހަރު އެމެރިކާގެ ދެވަނަ ބޭންކް އުފެދިގެން ދިޔައެވެ. 

ތޯމަސް ޖެފަރސަން ގަބޫލު ކުރައްވާ ގޮތުގައި ކޮންމެ މީހަކަށްވެސް ވަކި ޙައްގު ތަކެއް ލިބިފައި ވެއެވެ. އެހައްގުތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރަކަށް ނިގުޅައިގަނެވޭނެ ހައްގުތަކެއް ނޫނެވެ.

ގިނަ މީހުން ގަބޫލު ކުރާގޮތުގައި ތޯމަސް ޖެފަރސަން އަކީ ޑެއިސްޓެކެވެ. މިކަން މިގޮތަށް ގިނަބަޔަކު ގަބޫލުކުރަނީ ތޯމަސް ޖެފަރސަން ގެ ސިޔާސަތުގައި ވަރަށް ގިނަގިނަ ކަންތައްތައް ޑެއިސްޓުންގެ އުސޫލާއި އެއްގޮތަށް ގެންގޮސްފައިވާތީއެވެ. ތޯމަސް ޖެފަރސަން އުޅެބޮޑުވެގެން އައިރު ވަރަށް ގިނައިން ވާޖީނިއާގައި ހުންނަ ޗާރޗް އޮފް އިންގްލަންޑް އަށް ގޮސްފައިވެއެވެ. އެމެރިކަން އިންގިލާބުގެ ކުރިން ތޯމަސް ޖެފަރސަން އޭނާ ދިރިއުޅުއްވި އަވަށުގައި ހުރި ލޯކަލް ޗާރޗް ގައި ވޭސްޓްރީމޭން އެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވެއެވެ. 

އެމެރިކާގެ ރިޔާސަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގައި ހަފްތާ އަކު އެއްފަހަރު ބާއްވާ ޗާރޗް ސާރވިސް ގައި ބައިވެރި ވެފައި ވެއެވެ. 1784ން 1786 އަށް ތޯމަސް ޖެފަރސަން އާއި ޖޭމްސް މެޑިސަން ގުޅިގެން ފައްޅި ހެދުމަށް ބޭނުންވާތަކެތި ހޯދުމަށް ޓެކްސް ނެގުމާއި ދެކޮޅަށް ޕެޓްރިކް ހެންރީ ކުރަމުން ގެންދިޔަ މަސައްކަތާ ދެކޮޅު ހެއްދެވިއެވެ. 1786 ވަނަ އަހަރު ބޭއްވުނު ވާޖީނިއާ ޖެނެރަލް އެސެމްބްލީގައި ތޯމަސް ޖެފަރސަން ހުށަހެޅުއްވި ދީނީ މިނިވަންކަމުގެ ބިލް ފާސްކުރިއެވެ.

ތޯމަސް ޖެފަރސަން ވަނީ އޭނާގެ ދިގު ޙަޔާތުގައި ވަރަށް ގިނަ އަޅުން ގެންގުޅުއްވާފައެވެ. އަޅުން ގެންގުޅުއްވުމަކީ ޣައިރު އަޚްލާގީ ސިފައެއް ކަމަށް ތޯމަސް ޖެފަރސަން ބުނާއިރު އޭނާ އަޅުން ގެންގުޅުއްވާތީ ވަރަށް ގިނަ ބަޔަކު އެވާހަކަ ދައްކާފައި ވެއެވެ. 1769 ވަނަ އަހަރު ހައުސް އޮފް ބާރގްސެސް ގެ މެންބަރެއްގެ ގޮތުން ވާޖީނިއާގައި އަޅުން ގެންްގުޅުން ނައްތާލުމަށް ކޮންގްރެސް އަށް ތޯމަސް ޖެފަރސަން ހުށަހެޅުއްވި އެވެ. ނަމަވެސް މިހުށަހެޅުއްވުން ކާމިޔާބު ވެފައެއް ނުވެއެވެ. ބުނެވޭގޮތުގައި އަޅުން ގެންގުޅުއްވުމުގެ ސަބަބުން ޚުދު ތޯމަސް ޖެފަރސަން އަށް ވެސް ވަރަށް ބޮޑު ދަރަންޏަކާއި ހަޔާތުގެ ފަހުކޮޅު ކުރިމަތި ލާން ޖެހުނެވެ. 




#Article 414: ޖޭމްސް މެޑިސަން (801 words)


މިއީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އަކީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އުފަންވެފައިވަނީ 16 މާރޗް 1751 ގައެވެ. އެމެރިކާގެ 4 ވަނަ ރައީސެއްގެ ގޮތުން 4 މާރޗް 1809ން 4 މާރޗް 1817 އަށް ރައީސްކަން ކުރެއްވި ޖޭމްސް މެޑިސަން ދުނިޔެ ދޫކޮށްފައިވަނީ 28 ޖޫން 1836 ގައެވެ. 1787ގައި އެމެރިކާގައި އެކުލަވާލެވުނު ގާނޫނުތައް ހެދުމުގައި ޖޭމްސް މެޑިސަން ކުޅެފައިވާ ފުރިހަމަ ދައުރުގެ ސަބަބުން އޭނާ އަށް ދުސްތޫރުގެ ބައްޕަގެ ނަމުން މުޚާތަބު ކުރެވިފައި ވެއެވެ. 1788 ގައި ފެޑަރަލިސްޓް ޕޭޕާރސްގެ ތިންބައި ކުޅައެއްބައި ޖޭމްސް މެޑިސަން ލިޔުއްވި އެވެ. ފުރަތަމަ ކޮންގްރެސްގައި ބައިވެރިވި ލީޑަރެއްގެ ގޮތުން ޖޭމްސް މެޑިސަން ވަނީ އަސާސީ އެތައް ގާނޫނު ތަކެއް ލިޔުއްވާފައެވެ. ޚާއްޞަ ކޮށް އޭރު އިސްލާހުކުރެވުނު ގާނޫނަށް ގެނެވުނު ފުރަތަމަ 10 އިސްލާާޙަކީ ޖޭމްސް މެޑިސަން ގެންނެވި އިސްލާހުތަކެވެ. މިސަބަބާހުރެ ހައްގުތަކުގެ ބިލް ގެ ބައްޕަ ގެ ނަމުންވެސް ނިސްބަތް ކުރެވިފައި ވެއެވެ. 

ލީޑަރެއްގެ ގޮތުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ޖޭމްސް މެޑިސަން މަސައްކަތްކޮށްފައިވަނީ ރައީސް ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގެން އާ ފެޑެރަލް ސަރުކާރެއް އެކުލަވާލުމަށްޓަކައެވެ. 1791 ވަނަ އަހަރު އެލެގްޒެންޑަރ ހެމިލްޓަން އާއި ދެކޮޅަށް ޖޭމްސް މެޑިސަން ތޯމަސް ޖެފަރސަން އާއި ގުޅިވަޑައިގެން ފެޑެރަލިސްޓުންގެ ސިޔާސަތާއި ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. އަދި ޖޭ ޓްރީޓީގެ އެއްބަސްވުމާއި، ބޭންކް އުފެއްދުމުގެ ސިޔާސަތަކީ ވެސް ފެޑެރަލިސްޓުންނާއި ދެކޮޅަށް ކުރެއްވި ކަންތައްތަކެވެ. 

ތޯމަސް ޖެފަރސަން ގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން 1801ން 1809 އަށް މަގާމް ފުރުއްވި އިރު ލޫޒިޔާނާ އަނބުރާ އެމެރިކާ އަށް ހޯދުމަށް ކުރެވުނު މަސައްކަތް އެންމެ ކައިރިން ބެލެހެއްޓެވީ އެކަކީ ޖޭމްސް މެޑިސަން އެެވެ. 1812 ވަނަ އަހަރު ގެ ހަގުރާމަ ހިނގާފައިވަނީ ވެސް ޖޭމްސް މެޑިސަން ގެ ވެރިކަމުގައެވެ. މިއީ އިގިރޭސީންނާއި ދެކޮޅަށް އެމެރިކާގެ އިގްތިޞާދީ ހައްގުތައް ހިމާޔަތްކުރުމަށް ކުރެވުނު ހަގުރާމަ އެކެވެ. އެމެރިކާގެ ދެވަނަ ގައުމީ ބޭންކެއް އުފެއްދުމަށް ޖޭމްސް މެޑިސަން ތާއީދު ކުރައްވާފައި ވެއެވެ. 

 
ޖޭމްސް މެޑިސަން އާއި ޑޮލީ ޕޭން ޓޮޑް ގެ ކައިވެނި ކުރެވުނީ ސެޕްޓެމްބަރ 14 1794 ގައެވެ. ފަސްޓް ލޭޑީ އެއްގެ ހައިސިއްޔަތުން ޑޮލީ ޕޭން ޓޮޑް ވަނީ ރައީސް ޖޭމްސް މެޑިސަން އަށް ލަފާ އަރުވާ ބޭފުޅެއްގެ ދައުރު އަދާކޮށްފައެވެ. 

ވާޖީނިއާގެ ގާނޫނު ހަދާ މަޖްލީހުގައި ޞުލްޙަ މަސަލަސް ކަން ގައުމުގައި ގާއިމް ކުރުމަށް ބާރު އެޅުއްވި އެވެ. 1787 ވަނަ އަހަރު ފިލަޑެލްފިއާ ގައި އޮތް ކޮންސްޓިޓިއުޝަނަލް ކޮންގްރެސް ގައި ވާޖީނިއާ ޕްލޭން ޖޭމްސް މެޑިސަން ޑްރާފްޓް ކުރެއްވި އެވެ. މިއަދު އެމެރިކާގެ ދުސްތޫރުގެ އަސާސެއް ކަމުގައި ބެލެވޭ ތިން ބަޔަށް ބެހިފައިވާ ފެޑެރަލް ނިޒާމް އަކީ ޖޭމްސް މެޑިސަން ގެ ޚިޔާލެކެވެ. 

 
ފެޑެރަލިސްޓް ކަރުދާސްތައް ލިޔެ ތައްޔާރު ކުރުމަށްޓަކައި އެލްގްޒެންޑަރ ހެމިލްޓަން އަދި ޖޯން ޖޭ އާއި ޖޭމްސް މެޑިސަން ގުޅިވަޑައިގެންނެވި އެވެ. އެގޮތުން މިކަރުދާސްތަކުގައި ހިމެނޭ 10 ވަނަ ކަރުދާސް ލިޔެ ތައްޔާރު ކޮށްފައިވަނީ ޖޭމްސް މެޑިސަން އެވެ. މިކަރުދާހުގައި މަދު އިންޓަރެސްޓް ތަކާއެކު އޮންނަ ކުޑަ ގައުމަކަށްވުރެ ތަފާތު ގިނަ އިންޓަރެސްޓް ތަކާއެކު އޮންނަ ބޮޑު ގައުމަކަށް ޖުމުހޫރިއްޔަތުން ކުރާނެ ފައިދާ އަދި ޖުމުހޫރިއްޔަތު އެފަދަ ބަޔަކަށް ރަގަޅުވާނޭ ކަން ޖޭމްސް މެޑިސަން ބަޔާންކޮށްފައި ވެއެވެ. އެދުވަސްވަރު ޖޭމްސް މެޑިސަން މިހުށަހެޅުންތަކާއި ވަރަށް ބޮޑެތި ދެކޮޅު ހެދުންތަކާއި ފާޑު ކިޔުންތައް އަމާޒު ވިއެވެ. 

 
ވާޖީނިއާ ގާނޫނު ހަދާ މަޖްލިހަށް އެތާގެ ސެނެޓެއްގެ ގޮތުގައި ޖޭމްސް މެޑިސަން ނުހޮވުމަށް ޕެޓްރިކް ހެންރީ ބާރު އަޅުއްވާފައި ވެއެވެ. އެކަމަކު ޔުނައިޓެޑް ސްޓޭޓްސް ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ސީދާ ޖޭމްސް މެޑިސަން އިންތިޚާބު ކުރެވި، 1789ން 1797 އާއި ދެމެދު ބޭއްވުނު 4 ކޮންޓިނެންޓަލް ކޮންގްރެސްގައި ވާޖީނިއާގެ ފަރާތުން އިސް ދައުރެއް ޖޭމްސް މެޑިސަން އަދާކޮށްފައި ވެއެވެ. 

ޖޫން 1789 ގައި ޖޭމްސް މެޑިސަން ތަފާތު 12 އިސްލާހެއް ގާނޫނަށް ނުވަތަ ދުސްތޫރަށް ގެނައުމަށް ހުށަހެޅުއްވި އެވެ. 1791 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޖޭމްސް މެޑިސަން ހުށަހެޅުއްވި އިސްލާހު ތަކުގެ ތެރެއިން އެންމެ ފަހު 10 އިސްލާހު ހުށަހެޅުއްވި ގޮތަށް ބަދަލުކޮށް މަޖުލީހުން ތަޞްދީގު ކުރިއެވެ. ޙައްގު ތަކުގެ ބިލްގެ ގޮތުގައި ފާހަގަ ވެފައިވަނީ މިބުނި އިސްލާޙު ތަކެވެ. 

 
ޖޭމްސް މެޑިސަން ކޮންގްރެސްގައި ޚިދުމަތް ކުރެއްވި އިރު އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ފެޑެރަލް ސަރުކާރުގެ ބާރުތައް ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓެވުމަށް ކުރެއްވި މަަސައްކަތެވެ. 1793 ވަނަ އަހަރު އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުން ހަގުރާމަ ކުރިއިރު އެމެރިކާއޮތީ އެދެގައުމުގެ ދެމެދުގައި ތާށިވެފައެވެ. ނުވަތަ ހިފެހެއްޓިފައެވެ. 1778 ވަނަ އަހަރު ފަރަންސޭސި ވިލާތާއި އެއްކޮށް ހެދި ޓްރީޓީ އޮފް އެލިއެންސް ގެ އެއްބަސްވުން މިއަދާއި ހަމައަށް ވެސް އެބައޮތެވެ. 1794 ވަނަ އަހަރު އިގިރޭސިން ފަރަންސޭސި ވިލާތާއި އެމެރިކާ އާއި ދެމެދު މުދާ އުފުލާ އެތައް ބޯޓްތަކެއް ހިފެހެއްޓުމާއި ގުޅިގެން އިގިރޭސި ވިލާތާއި އެމެރިކާ އާއި ދެމެދު ހަގުރާމަ އެއް ފެށިދާނެ ކަމަށް ހީކުރެވުނެވެ. 

ސެކްޓްރީ އޮފް ޓްރެޜަރީ އެލެގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓް ޕާޓީގެ ތާއީދު ވަރުގަދަކޮށް މުޅި ގައުމުގައި ބޮޑު ވިއުގައެއް ގާއިމް ކުރިއެވެ. އަދި ވަރުގަދަ މަރުކަޒީ ސަރުކާރެއް އެކުލަވާލައި، ގައުމީ ބޭންކެއް އެކުލަވާލެއްވި އެވެ. ފެޑެރަލިސްޓުންނާއި ދެކޮޅު ހެއްދެވުމުގެ ގޮތުން ޖޭމްސް މެޑިސަން އާއި، ތޯމަސް ޖެފަރސަން ގުޅިގެން ޑިމޮކްރަޓިކް ރިޕަބްލިކަން ޕާޓީ އުފެއްދެވި އެވެ. ގައުމީ ބޭންކެއް ހެދުމަށް ހެމިލްޓަން ކުރެއްވި މަސައްކަތާއި ދެކޮޅު ހެދުމަށް ޖޭމްސް މެޑިސަން ކުރެއްވި މަސައްކަތް ފޭލްވިއެވެ. 

 
ތޯމަސް ޖެފަރސަން ގެ އިދާރާގައި ޖޭމްސް މެޑިސަން އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިގިރޭސިންނާއި ފަރަންސޭސިންނާއި ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. މިގޮތުން ހޯދި އެންމެ ފުރަތަމަ ކާމިޔާބީ އެއް ކަމަށް ބެލެވެނީ 1803 ވަނަ އަހަރު ލޫޒިޔާނާ އަނބުރައި އެމެރިކާ އަށް ހޯދައިދިނުމެވެ. ނަޕޯލިއަނުން ލޫޒިޔާނާ ފަދަ ބޮޑު ޓެރިޓަރީ އެއް ނުހޯދޭނޭ ކަމަށް ހީކުރި ހީކުރުން ބަދަލު ކުރައްވައި އެކަމުގައި ޖޭމްސް މެޑިސަން ކާމިޔާބު ހޯއްދެވި އެވެ. 

ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން އެމެރިކާއަށް ލިބިދޭ ގާނޫނީ ޙައްގުތަކަށް ބާރު އަޅުއްވަމުން އިގިރޭސީންނާއި، ފަރަންސޭސިންނާއި ދެމެދު ހަމަހަމަކޮށް ކަންތައްތައް ކުރެއްވުމަށް ޖޭމްސް މެޑިސަން މަސައްކަތް ކުރައްވާފައި ވެއެވެ. ނަމަވެސް މިކަމަށް އިގިރޭސި ވިލާތުގެ ވެރިރަށް ލަންޑަން ނުވަތަ ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިސް އިން ވެސް މާބޮޑު އެއްބާރުލުމެއް ދީފައެއް ނުވެއެވެ. 

ތޯމަސް ޖެފަރސަން އަދި ޖޭމްސް މެޑިސަން ގުޅިވަޑައިގެން އިގިރޭސިންނާއި، ފަރަންސޭސިންނަށް އަދަބެއްގެ ގޮތުން އެމެރިކާ މީހުންނަށް އެއްވެސް ބޭރު ގައުމަކާއެކު ވިޔަފާރީގެ ގުޅުން ބޭއްވުން މަނާކުރެއްވުމަށް އެމްބާރގޯ އެއް ތައްޔާރު ކުރެއްވި އެވެ. ނަމަވެސް މިކަންވަނީ ފޭލް ވެފައެވެ. 

 

 
އެމެރިކާގެ ފުރަތަމަ ބޭންކް ގެ 20 އަހަރުގެ ޗާޓަރުގެ މުއްދަތު ހަމަވީ 1811 ވަނަ އަހަރު އެވެ. އެއީ ޖޭމްސް މެޑިސަންގެ ރައީސް ކަމުގެ ދެވަނަ އަހަރު އެވެ. 1791 ވަނަ އަހަރު ޖޭމްސް މެޑިސަން ބޭންކް ބްލޮކް ކުރެއްވުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން ބޭންކްގެ ޗާޓަރުގެ މުއްދަތު ހަމަވަންދެން މަޑު ކުރެއްވި އެވެ. 1812 ވަނަ އަހަރުގެ ހަގުރާމަ އިން ބަލިވެ، ހަގުރާމައިގެ ތެރޭގައި ބޭންކެއް ނެތި ފައިސާ މެނޭޖްކުރަން އުދަގޫވުމުން ބޭންކް އަލުން ޗާޓަރު ކުރުމަށް ސެކެޓްރީ އޮފް ޓްރެޜަރީ ގަލަޓިން ބޭނުންވި އެވެ. 1815 ވަނަ އަހަރުގެ ފަހުކޮޅު އާ ބޭންކެއް ހުޅުވުމަށް ކޮންގްރެސް ގައި ޖޭމްސް މެޑިސަން އެދިފައި ވެއެވެ. 

 

މިހަގުރާމައިގައި އިގިރޭސި ފައުޖުތަކުން ބޮޑެތި ކާމިޔާބުތައް ހޯދިއެވެ. އެގޮތުން ޑެޓްރޮއިޓް އޭ ކިޔުނު ރަށް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާގެ ރިޔާސީ ގެކޮޅު ހުދުގަނޑުވަރުގައި އިގިރޭސިން އަލިފާން ރޯކޮށްލާފައި ވެއެވެ. މިހަގުރާމަ ނިމިފައިވަނީ 1815 ވަނަ އަހަރު އެކުލަވާލެވުނު ގެންޓްގެ އެއްބަސްވުން ގެ ދަށުންނެވެ. 

 

 

 




#Article 415: ޖޭމްސް މޮންރޯއި (446 words)


އެމެރިކާގެ 5 ވަނަ ރައީސް ކަމަށްވާ ޖޭމްސް މޮންރޯއި އުފަންވެފައިވަނީ އެޕްރީލް 28 1758 ގައެވެ. މީނާ އަވަހާރަ ވެފައިވަނީ ޖުލައި 4 1831 ގައެވެ. 1817އިން 1825 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ޖޭމްސް މޮންރޯއި އަކީ ވާޖީނިއާ އިން އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގަތް 4 ވަނަ ބޭފުޅާއެވެ. ކުރީގެ ރައީސެއްކަމަށްވާ ތޯމަސް ޖެފަރސަން ގެ ގާތްރަހުމަތްތެރިއެއް ކަމަށްވާ ޖޭމްސް މޮންރޯއި  އަކީ ފަރަންސޭސި އިންގިލާބަށް ތާއީދު ކުރެއްވި ޑިޕްލޮމެޓެކެވެ. ޖޭމްސް މެޑިސަން ގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓް އަދި ސެކެޓްރީ އޮފް ވާރ ގެ ހައިސިއްޔަތުން 1812 ވަނަ އަހަރުގެ ހަގުރާމައިގައި އިސްދައުރެއް ޖޭމްސް މޮންރޯއި އަދާކޮށްފައި ވެއެވެ. ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތުގައި އިށީދެ ވަޑައިގެންނެވި ޖޭމްސް މޮންރޯއި ގެ ރިޔާސީ ދުވަސްވަރު ސިފަކުރެވިފައިވަނީ ރަގަޅު އިހްސާސްތަކުގެ ޒަމާނެއްގެ ގޮތުގައެވެ. 

 
ޖޭމްސް މޮންރޯއި އުފަންވެފައިވަނީ 1758 ވަނަ އަހަރުގެ އެޕްރީލް 28 ގައި އެމެރިކާގެ ވާޖީނިއާގެ ވެސްޓްމޯރލޭންޑް ކައުންޓީ ގައެވެ. ޖުލައި 1774 ގައި ޖޭމްސް މޮންރޯއި ވިލިއަމް އެންޑް މޭރީ ކޮލެޖަށް ވަދެވަޑައިގަތެވެ. އެއަށްފަހު ސިފައިންގެ ތެރޭގައި ޖޭމްސް މޮންރޯއި މަސައްކަތް ކުރައްވާފައި ވެއެވެ. ބަރާބަރު ދެއަހަރު ދުވަހުގެ މުއްދަތަށް ޖެނެރަލް ވިލިއަމް އެލެގްޒެންޑަރ ގެ ދަށުގައި ކާނަލެއްގެ ގޮތުން ޖޭމްސް މޮންރޯއި މަސައްކަތް ކުރެއްވި އެވެ. 1777ން 1778 އަށް ފޯރޖް ވާދީގައި ކޭމްޕް ޖަހައިގެން ތިބި ސިފައިންގެ ތެރޭގައި ޖޭމްސް މޮންރޯއި ހިމެނި ވަޑައިގެންނެވި އެވެ. އަދި މަންމައުތު ހަގުރާމައިގައި ޖޭމްސް މޮންރޯއި ބައިވެރިވެ ވަޑައިގެންނެވި އެވެ. 

ކޮންފެޑެރޭޝަން ކޮންގްރެސް ގައި ޖޭ ގާރޑޮގީ ގެ ހުށަހެޅުމާއި ޖޭމްސް މޮންރޯއި އިދިކޮޅު ހެއްދެވިއެވެ. އެހުށަހެޅުމުގައި ވާގޮތުން މިސިސިޕީ ކޯރު ގެ ތެރެއިން ދަތުރުކުރުމުގެ ޙައްގު ސްޕޭން އަށް ލިބިގެންވެއެވެ. 1789 ވަނަ އަހަރު ޖޭމްސް މޮންރޯއި ގެ ކައިވެންޏަށް ފަހު އަލްބެމާރލް ކައުންޓީއަށް ދިރިއުޅުން ބަދަލު ކުރެއްވި އެވެ. ޖޭމްސް މޮންރޯއި އަދި އެލިޒަބަތު ކޯރޓްރައިޓްގެ ކައިވެނިން ލިބުނު ދެ އަންހެންކުދިން ކަމަށްވާ އެލީޒާ އަދީ މާރިއާ ހެސްޓަރ އުފަންވެފައިވަނީ މިބުނި އަލްބެމާރލް ކައުންޓީ ގައެވެ. އެދެމަފިރިންގެ ހަމައެކަނި ފިރިހެން ދަރިފުޅު ޖޭމްސް ސްޕެންސް ވަނީ އުމުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިޔާވެފައެވެ.

 
ޖޭމްސް މޮންރޯއި 1790 ވަނަ އަހަރު އެމެރިކާގެ ސެނޭޓަށް އިންތިޚާބު ކުރެވުނެވެ. ޖޭމްސް މޮންރޯއި ޖޭމްސް މެޑިސަން އާއި ގުޅިވަޑައިގެން އެލެގްޒެންޑަރ ހެމިލްޓަން ގެންގުޅުއްވި ފެޑެރަލް ސަރުކާރުގެ ބާރުތައް ސެންޓްރަލައިޒް ކުރުމާއި ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ. ޖޯޖް ވޮޝިންގޓަން ގެންގުޅުއްވި ޕްރޯ-ބްރިޓިޝް ފޮރިން ޕޮލިސީ އާވެސް ޖޭމްސް މޮންރޯއި އިދިކޮޅު ހެއްދެވި އެވެ. ތޯމަސް ޖެފަރސަން، އަދި ޖޭމްސް މެޑިސަން އާއި ގުޅިގެން ރިޕަބްލިކަން ޕާޓީ އުފެއްދުމުގައި ޖޭމްސް މޮންރޯއި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ހަމަމިހެން މީޑިއާގައި ޑިމޮކްރެޓިކް ރިޕަބްލިކަންގެ މަގާމް ދިފާއުކުރުމަށް ވެސް ޖޭމްސް މޮންރޯއި ޖޭމްސް މެޑިސަން އަށް އެހީތެރިވެދީ ފައިވެއެވެ. 

 

މާރޗް 4 1825 ގައި ޖޭމްސް މޮންރޯއި ގެ ރިޔާސީ ދައުރު ހަމަވިއިރު އޭނާ ދިރިއުޅުއްވީ ވާޖީނިއާ ޔުނިވަސިޓީގެ ގްރައުންޑްގައިވާ މޮންރޯއި ހިލް ގައެވެ. މިއަދު ވާޖީނިއާ ޔުނިވަސިޓީގެ ކެމްޕަސް ހުރިތަނަކީ 1788ން 1817 އަށް ޖޭމްސް މޮންރޯއި ގެ އާއިލީ ފާރމްގެ ގޮތުގައި ބޭނުން ކުރެއްވި ތަނެކެވެ. އެކަމަަކު ޖޭމްސް މޮންރޯއިގެ ރައީސްކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވާޖީނިއާ ޔުނިވަސިޓީއަށް އެތަން ވިއްކާލެވުނެވެ. ޖޭމްސް މޮންރޯއި ވަނީ ވާޖީނިއާ ޔުނިވަސިޓީގެ ބޯޑް އޮފް ވިޒިޓާރސް ގެ ގައި މަސައްކަތް ކުރައްވާފައެވެ. 

ވަރަށްގިނަ ދަރަނިތަކާއި ޖޭމްސް މޮންރޯއި ކުރިމަތި ލައްވާފައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހައިލޭންޑް ޕްލާންޓޭޝަން ވިއްކާ ލެއްވި އެވެ. އެބިން ވިއްކާލެއްވީ ކޮލެޖް އޮފް ވިލިއަމް އެންޑް މޭރީ އަށެވެ. އެއީ ޖޭމްސް މޮންރޯއި ކިޔަވާ ވިދާޅުވި ކޮލެޖް ވެސް މެއެވެ. ސެޕްޓެމްބަރު 30 1830 ގައި އަނބިކަނބަލުން އެލިޒަބަތު ނިޔާވުމާއި ހަމައަށް އެދެމަފިރިން ދިރިއުޅުއްވީ އޯކް ހިލްގައެވެ.

ޖޭމްސް މޮންރޯއި ދިރިއުޅެ ބޮޑުވަމުން އައީ ޗާރޗް އޮފް އިންގްލޭންޑް އަށް ނިސްބަތްވާ އާއިލާއެއްގެ ތެރޭގައެވެ. އެއީ ވާޖީނިއާ ސްޓޭޓް ޗާރޗް ގެ ގޮތުގައި މިބުނި ޗާރޗް ހުރި ދުވަސްވަރު އެވެ. ބޮޑުވެ ތަޞައްރުފު ފުދުނު ފަހުން ޖޭމްސް މޮންރޯއި އެޕިސްކޮޕާލިއަން ގެ ޗާރޗް އަށް ޒިޔާރަތް ކުރެއްވި އެވެ. ބައެއް ތާރީކް އިލްމުވެރިން ސިފަކުރައްވާ ގޮތުން ޖޭމްސް މޮންރޯއި އަކީ ޑެއިސްޓް އެކެވެ.

 




#Article 416: ޖޯން ކުއިންސީ އެޑަމްސް (831 words)


މިއީ އެމެރިކާގެ 6 ވަނަ ރައީސެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 6 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1825 ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 2 ވަނަ ރައީސް ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. ފެޑެރަލިސްޓް، ޑިމޮކްރެޓިކް ރިޕަބްލިކަން، ނޭޝަނަލް ރިޕަބްލިކަން އަދި ވިގެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީޚްގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. އަދި ޑިޕްލޮމެޓެއް ވެސް މެއެވެ. ބައިނަލް އަގްވާމީ ތަފާތު އެއްބަސްވުން ތަކާއި ބައްދަލުވުންތަކުގައި އެމެރިކާ ތަމްސީލް ކޮށްދިނުމުގެ ޝަރަފް ޖޯން ކުއިންސީ އެޑަމްސް އަށް ލިބިފައި ވެއެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ ޖުލައި 11 1767 ގައެވެ. އަވަހާރަ ވެފައިވަނީ ފެބުރުއަރީ 23 1848 ގައެވެ. 

ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ އެމެރިކާ މާސަޗޫސެޓްސްގެ ބައެއް ކަމުގައިވާ ކްއިންސީ ގެ ބްރޭންޓްރީ އަށެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގެންނެވި ގެކޮޅު ހުރިތަން މިހާރު އޮންނަނީ އެޑަމްސް ނޭޝަނަލް ހިސްޓަރިކަލް ޕާރކް ގެ ބައެއްގެ ގޮތުގައެވެ. ޖޯން ކުއިންސީ އެޑަމްސް ގެ އުމުރުން 7 އަހަރުގައި މަންމާފުޅު އަބީޖައިލް އެޑަމްސް އާއެކު ބަންކާރ ހިލް ހަގުރާމަ ބެއްލެވުމަށް މަޑުކޮށްލައިގެން ހުރިތަން ފާހަގަކުރުމަށް ހަދާފައިވާ ގާފޮޅު ވެސް ހުންނަނީ މިތަނާއި ކައިރީގައެވެ. 

ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް އާ ބެހޭގޮތުން ޖޯން ކުއިންސީ އެޑަމްސް އަށް ފުރަތަމަ މައުލޫމާތު ލިބިލައްވާފައިވަނީ ފިލަޑެލްފިއާ ގައި ހުންނަވައިގެން ބައްޕާފުޅު ޖޯން އެޑަމްސް މަންމާފުޅު އަބީޖައިލް އަށް ފޮނުއްވާފައިވާ ސިޓީ ތަކުންނެވެ. އުމުރުގެ ކުރީކޮޅު ބައްޕާފުޅު ޖޯން އެޑަމްސް އާއެކު ބޭރުގައުމު ތަކުގައި އުޅުއްވި އެވެ. އެގޮތުން 1778ން 1779އަށް ފަރަންސޭސި ވިލާތަށް ކަނޑައެޅުއްވި މަންދޫބެއްގެ ހައިސިއްޔަތުން ފަރަންސޭސި ވިލާތު ގައި އަދި 1780ން 1782 އަށް ނެދަލޭންޑްސް ގައި ބައްޕާފުޅު ޖޯން އެޑަމްސް އާއެކު ޖޯން ކުއިންސީ އެޑަމްސް އުޅުއްވާފައި ވެއެވެ. މީގެ އިތުުރުން ޖަރުމަނު، ސްވިޑަން، ފިންލޭންޑް، އަދި ޑެންމާރކް ފަދަ ގައުމުތަކަށް ވަޑައިގެންފައި ވެއެވެ. 

ބޭރުގައުމުތަކުގައި އުޅުއްވި ދުވަސްވަރު ފަރަންސޭސި އަދި ޖަރުމަނު ބަސް އުގެނިވަޑައިގެންނެވި އެވެ. ހަވާޑް ކޮލެޖުން ދަސްވެ ނިވިފައިވަނީ 1787 ވަނަ އަހަރު އެވެ. އެއަށްފަހު ބޮސްޓަންގައި ގާނޫނީ ދާއިރާ ގައި މަސައްކަތް ކުރެއްވި އެވެ. 

ޖޯޖް ވޮޝިންގޓަން ގެ ވެރިކަމުގައި 1794ން 1796 އަށް ނެދަލޭންޑްސް އަށް ކަނޑައަޅާފައި ހުންނަ މިނިސްޓަރެއްގެ މަގާމް ޖޯން ކުއިންސީ އެޑަމްސް އަށް ދެއްވި އެވެ. އަދި ބައްޕާފުޅު ޖޯން އެޑަމްސް ގެ ވެރިކަމުގައި 1797ން 1801 އަށް ޕްރަޝިއާ އަށް ކަނޑައެޅުއްވި މިނިސްޓަރަކަށް ހަމަޖެއްސެވި އެވެ. އެދުވަސްވަރުގެ ތެރޭގައި އެމެރިކާގެ ވިޔަފާރި ވެރިއެއްގެ ދަރިއެއް ކަމަށްވާ ލުއިޒާ ކެތަރިން ޖޯންސަން އާ ޖޯން ކުއިންސީ އެޑަމްސް ކައިވެނި ބައްލަވައި ގެންނެވި އެވެ. 

ޖޯން ކުއިންސީ އެޑަމްސް ގެ ހަގީގީ ސިޔާސީ ޙަޔާތް ފެށިގެންއައީ 1802 ވަނަ އަހަރު މާސަޗޫސެޓްސް ގެ ސެނޭޓް އަށް ޖޯން ކުއިންސީ އެޑަމްސް ހޮވިވަޑައިގަތުމުންނެވެ. ހަމައެއަހަރު ޔޫއެސް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ވާދަކުރާ ފެޑެރަލިސްޓް މެންބަރެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ނާކާމިޔާބާއި ކުރިމަތި ލައްވާފައި ވެއެވެ. މާރޗް 4 1803ން ޖޫން 8 1808 އަށް އެމެރިކާގެ ސެނޭޓް ގައި ޖޯން ކުއިންސީ އެޑަމްސް ފެޑެރަލިސްޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި އެވެ. ޖޫން 8 ގައި ސެނޭޓްގެ މަގާމުން ވަކިވެލެއްވީ މާރޗް 1808 ގައި ފެޑެރަލިސްޓުންނާއި ވަކިވެޑައިގެން ރިޕަބްލިކަން ފާޓީ އާއި ގުޅިވަޑައިގަތުމުންނެވެ. 

ޖޭމްސް މޮންރޯއިގެ ކެބިނެޓްގައި ސެކެޓްރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން 1817ން 1825 އަށް ޖޯން ކުއިންސީ އެޑަމްސް މަސައްކަތް ކުރެއްވި އެވެ. ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމްގައި ހުންނެވި ދުވަސްވަރު އެޑަމްސް-އޮނީސް ގެ އެއްބަސްވުމާމެދު ވާހަކަ ދައްކާފައި ވެއެވެ. އަދި މޮންރޯއި ޑޮކްޓްރިން ލިޔުއްވި އެވެ. 

އެމެރިކާގެ ރިޔާސަތުގައި އެމެރިކާގެ 6 ވަނަ ރައީސެއްގެ ހައިސިއްޔަތުން އެމަގާމް ޖޯން ކުއިންސީ އެޑަމްސް ފުރުއްވާފައިވަނީ މާރޗް 4 1825ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގައި ދެވަނަ އަށް ރައީސްކަން ކުރެއްވި ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. މަސީޙީ ދީނުގެ މުގައްދަސް ފޮތް ބައިބަލްގެ ބަދަލުގައި ރައީސްކަމުގެ ހުވާކުރެއްވި އިރު ޖޯން ކުއިންސީ އެޑަމްސް ނަންގަވައިގެން ހުންނެވީ ގާނޫނު ފޮތެއް ކަމަށް ބުނެވެއެވެ. 

ޖޯން ކުއިންސީ އެޑަމްސް ގެ ރިޔާސަތުގައި އެމެރިކާ އަށް ތަފާތު ގިނަގުނަ ކުރިއެރުންތައް ގެނެސްދީފައި ވެއެވެ. ގައުމީ ބޭންކް އުފެއްދުމުގެ އިތުރުން ގައުމީ ފައިސާ އެއް ރަސްމީގޮތުން އެކުލަވާލައްވައި ކަނޑައެޅުއްވި އެވެ. މީގެ އިތުރުން ޖޯން ކުއިންސީ އެޑަމްސް ގެ ވެރިކަމުގައި އުމްރާނީ ގޮތުން ބޮޑެތި ބަދަލުތައް އެމެރިކާއަށް ގެންނެވި އެވެ. ރައީސްކަމަށް އިސްވެ ވަޑައިގެން ދެއްވި ފުރަތަމަ ތަގްރީރުގައި މަގުތައް ހައިވޭތައް، ބިންގަރާސް މަގުތައް، ނޭޝަނަލް ޔުނިވަސިޓީއެއް، އަދި އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީ އެއް ހެދުމަށް ހުށަހެޅުއްވި އެވެ. ކޮންގްރެސްގައި ޖޯން ކުއިންސީ އެޑަމްސް ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކާއި އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އިދިކޮޅު ހަދާފައެވެ. 

ޖޯން ކުއިންސީ އެޑަމްސް ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރެއިން އަމަލީ ސިފައެއް ޖެހުނު އެއް ހުށަހެޅުމަކީ ކަމްބަރލޭންޑް ރޯޑް ނުވަތަ މަގު އޯހިއޯ ސިޓީ އާއި ހަމައަށް ހަދައި އޯހިއޯ އާ ގުޅުވާލުމެވެ. ޢަމަލީ ސިފަ ގެނެވުނު އެހެން މަޝްރޫޢުތަކުގެ ތެރޭގައި ޗެސަޕީކް އަދި އޯހިއޯ ކެނަލް ބިނާކުރަން ފެށުން، ޑެލްވެއަރ އެންޑް ޗެސަޕީކް ކެނަލް ބިނާކުރުން، ގްރޭޓް ލޭކްސް ނުވަތަ ބޮޑު ކުޅި އޯހިއޯ ކޯރާއި ގުޅުވާލުން، އަދި އުތުރު ކެރޮލީނާ ގައި އޮތް ޑިސްމަލް ސްވޭމްޕް ކެނަލް އަލުން ބިނާކުރުން ހިމެނެއެވެ. 

ހެންރީ ކްލޭ އަދި ޖޯން ކުއިންސީ އެޑަމްސް ގުޅިވަޑައިގެން ނޭޝަނަލް ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. 1827 ވަނައަހަރުގެ އިންތިޚާބުގައި ޖޯން ކުއިންސީ އެޑަމްސް އާއި އޭނާގެ ސަޕޯޓަރުންނަށް ކޮންގްރެސްގެ ކޮންޓްރޯލް ގެއްލިގެން ދިޔައެވެ. ނިއުޔޯކް ސެނެޓަރ އަކަށް ހުރި މާޓިން ވެން ބިއުރެން ކޮންގްރެސް ގެ އިސް ލީޑަރަކަށް އެދުވަސްވަރު ވެގެން ދިޔައެވެ. 

ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީކްގައި ވަރަށް ފާހަގަކުރެވޭ ޑިޕްލޮމެޓެކެވެ. ސެކެޓްރީ އޮފް ސްޓޭޓް ކަމުގައި ހުންނެވި ދުވަސްވަރު އެކުލަވާލެއްވި މޮންރޯއި ޑޮކްޓަރިން ފަރުމާކުރެއްވި އެއް ފަރުމާކުރުންތެރިޔަކީ ހަމަ ޖޯން ކުއިންސީ އެޑަމްސް އެވެ. ރައީސް ކަމުގައި ހުންނަވައިގެން ބޭރުގެ ގުޅުންތައް މާބޮޑަކަށް ގާއިމްކުރެއްވި ފައެއް ނުވެއެވެ. އޭގެ ސަބަބަކަށް ވަނީ ޖޯން ކުއިންސީ އެޑަމްސް އަށް ކޮންގްރެސް ގައި ކުރިމަތިވެ ވަޑައިގެން ދެކޮޅު ހެއްދެވުންތަކެވެ. 

ޖޯން ކުއިންސީ އެޑަމްސް ރިޔާސަތުގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ތަފާތު ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ހިމެނެއެވެ. އެގޮތުން ޑެންމާރކް، މެކްސިކޯ އަދި އޮސްޓްރިއާ ފަދަ ގައުމުތަކާ އެކު ގުޅުން ބަދަހިކުރެއްވި އެވެ. 

ވެރިކަމުން ދުރުވެ ވަޑައިގަތުމަށް ފަހު 1831 ވަނަ އަހަރުން ފެށިގެން ނިޔާވުމާއި ހަމައަށް ޖޯން ކުއިންސީ އެޑަމްސް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި މަސައްކަތް ކުރެއްވި އެވެ. މާނައަކީ 17 އަހަރުވަންދެން އެތަނުގައި ކޮންގްރެސް މޭން އެއްގެ ގޮތުގައި އުޅުއްވި އެވެ. ކޮންގްރެސް ގައި އިންޑިއަން އެފެއާރޒް، ފޮރިން އެފެއާރޒް، މަނުފެކްޗަރ ކޮމިޓީ، ގެ ޗެއާރމަން ކަން ކުރެއްވި އެވެ. 1836 ވަނަ އަހަރު ޖޯން ކުއިންސީ އެޑަމްސް ވަނީ ކޮންގްރެސް އަށް އަޅުވެތިކަން ނެތިކޮށްލުމަށް ގޮވާލައި ތަފާތު ޕެޓިޝަންތައް ހުށަހަޅާފައެވެ.

ޖޯން ކުއިންސީ އެޑަމްސް ގެ ފިރިހެން ދަރި ޗާލްސް ފްރެންސިސް އެޑަމްސް ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވެފައި ވެއެވެ. 1870 ވަނަ އަހަރު ޗާލްސް ވަނީ އެމެރިކާގެ ތާރީކްގައި ފުރަތަމަ ފަހަރަށް މެމޯރިއަލް ޕްރެޒިޑެންޝަލް ލައިބްރަރީ އެއް އުފައްދަވާފައެވެ. މިލައިބްރަރީ ހަދާފައިވަނީ ޖޯން ކުއިންސީ އެޑަމްސް ގެ ޝަރަފްގައެވެ. މިލައިބްރަރީގައި 12 ބަހަކުން ލިޔެފައިވާ 14 ހާހަށްވުރެ ގިނަ ފޮތް ހުރެއެވެ. މިލައިބްރަރީ ހުންނަނީ އެމެރިކާގެ މާސަޗޫސެޓްސްގެ ކްއިންސީގައިވާ އެޑަމްސް ނޭޝަނަލް ހިސްޓަރިކަލް ޕާރކް ގައެވެ. 

ޖޯން ކުއިންސީ އެޑަމްސް އަދި ލުއިޒާ ކެތަރީން އެޑަމްސް ވަނީ އެމީހުންގެ ދަރިއަކަށް ޖޯޖް ވޮޝިންގޓަންގެ ނަންދެއްވާފައެވެ. 1811 ވަނަ އަހަރު ލިބުނު އަންހެން ދަރިޔަކު އެއާއިލާ ރަޝިޔާގައި އުޅެނިކޮށް ބަލިވެގެން ނިޔާވެފައި ވެއެވެ. އެމެރިކާގެ އެކްޓްރެސް މޭރީ ކޭ އެޑަމްސް އަށް މިއާއިލާއަށް ނިސްބަތްވާ ފަރާތެކެވެ.

 




#Article 417: އެންޑްރޫ ޖެކްސަން (365 words)


މިއީ އެމެރިކާގެ 7 ވަނަ ރައީސެވެ. އެންޑްރޫ ޖެކްސަން އަކީ އެމެރިކާގެ 7 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1829 ން މާރޗް 4 1837 އަށެވެ. 1815 ވަނަ އަހަރު ކުރި ބެޓްލް އޮފް ނިއުއޯލިއަންސް ގައި ބައިވެރިވި އެމެރިކާގެ އަސްކަރިއްޔާގެ ކޮމާންޑަރުގެ އިތުރުން 1821 ވަނަ އަހަރު ފްލޮރިޑާގެ އަސްކަރީ ގަވަރުނަރުކަން ވެސް އެންޑްރޫ ޖެކްސަން ކުރައްވާފައި ވެއެވެ. އެންޑްރޫ ޖެކްސަން އަކީ މޮޑަން ޑިމޮކްރެޓިކް ޕާޓީގެ އެއް ބާނީ ވެސް މެއެވެ. ޖެކްސަނިއޮން ޑިމޮކްރަސީ ނިސްބަތްވަނީ އެންޑްރޫ ޖެކްސަންގެ ނަމާއެވެ. އެންޑްރޫ ޖެކްސަން އުފަންވެ ވަޑައިގަތީ މާރޗް 15 1767 ގައެވެ. އަވާހަރަވެފައިވަނީ ޖޫން 8 1845 ގައެވެ. 

 
އެންޑްރޫ ޖެކްސަން އުފަންވެފައިވަނީ މާރޗް 15 1767 ގައި ދެކުނު ކެރޮލީނާގެ ލެންކަސްޓަރ ކައުންޓީ ގައެވެ. އެންޑްރޫ ޖެކްސަން އަކީ ޢާއިލާގައި ހިމެނޭ 3 ފިރިހެނުންގެ ތެރެއިން އެންމެ ހަގު މީހާއެވެ. އެންޑްރޫ ޖެކްސަން އުފަންވެފައިވަނީ އޭނާގެ ބައްޕަ ދުނިޔެ ދޫކުރިތާ ދެތިން ހަފްތާއެއް ފަހުންނެވެ. ދެކުނު ކެރޮލީނާ އަދި އުތުރު ކެރޮލީނާގެ މީހުންވެސް އެންޑްރޫ ޖެކްސަން އަކީ އެތަނުގެ މީހެއް ކަމަށް ބުނެއެވެ. ނަމަވެސް އެންޑްރޫ ޖެކްސަން ގަބޫލުފުޅު ކުރައްވާގޮތުން އޭނާ އަކީ ދެކުނު ކެރޮލީނާ އަށް އުފަން ރައްޔިތެކެވެ. އުމުރުން 13 އަހަރުގައި އެމެރިކަން އިންގިލާބީ ހަގުރާމައިގައި މެސެޖް ރައްދުކޮށްދޭ މީހެއްގެ ބައި އަދާކޮށްފައި ވެއެވެ. 

އެދުވަސްވަރު އެންޑްރޫ ޖެކްސަން އަދި އޭނާގެ ބޭބެ ރޮބާރޓް ޖެކްސަން ކުށްވެރިންގެ ގޮތުގައި ހައްޔަރު ކުރެވުނެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ދެމީހުންނަށް ވެސް ކަށިވިދުރި ޖެހުނެވެ. އަދި ބޭބެ ރޮބާރޓް ޖެކްސަން ޖަލުގައި ނިޔާވެ ދިޔައެވެ. އުމުރުން 15 އަހަރުގައި މަންމަ މަރުވެ ޔަތީމް މީހަކަށް ވެގެން ދިޔައެވެ. 

 

ފުރަތަމަ ސެމިނޯލް ހަގުރާމައިގެ ދުވަސްވަރު ވެސް އަސްކަރިއްޔާގައި އެންޑްރޫ ޖެކްސަން ޚިދުމަތް ކުރައްވާފައި ވެއެވެ. އެގޮތުން މަސައްކަތްކުރެއްވީ 1817 ވަނަ އަހަރު ޖޭމްސް މޮންރޯއި ޖޯޖިއާގައި ތިބި ސެމިނޯލް އަދި ކްރީކް އިންޑިއަން މީހުންނާއި ދެކޮޅަށް ކެމްޕޭން ކުރެއްވުމަށް އަމުރު ކުރެއްވުމުންނެވެ. 

އެމެރިކާގެ ރިޔާސަތުގައި އެންޑްރޫ ޖެކްސަން ހުންނެވި ދުވަސްވަރު އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ފަރާތުން އެގައުމު ދަރާފައިވާ ދަރަނި ދައްކައި ޚަލާޞް ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. މިއީ އެމެރިކާގެ ތާރީޚްގައި މިފަދަ ދަރަންޏެއް ދައްކައި އަދާކުރި ފުރަތަމަ ފަހަރު ކަމަށް ވެއެވެ. 

ސްޕޮއިލް ނިޒާމްގެ މާނައަކީ ޕާޓީއަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ސަރުކާރުގެ ވަޒީފާތައް އެޕާޓީ އިން ވޯޓް ދެއްވާ ފަރާތްތަކަށް ދިނުމަށް ކިޔާނަމެކެވެ. މާނައަކީ މީހާގެ ގާބިލިއްޔަތާއި ކުޅެދުންތެރިކަމަށް ބެލުމެއްނެތި މަގާމް ދިނުމެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސިޔާސަތާއި ގުޅިފައި އޮންނަ ނިޒާމަކަށް ވެއެވެ. މިވައްތަރުގެ އަނެއް ނިޒާމަކީ މެރިޓް ނިޒާމް އެވެ. މެރިޓް ނިޒާމް ގައި ވަޒީފާ ދެނީ ކަމަށް ގާބިލު ކުޅެދުންތެރި މީހުންނަށެވެ. އެހެން ކަމުން މިއީ ސިޔާސަތާއި ގުޅިފައި އޮންނަ ނިޒާމެކޭ ނުބުނެވޭނެ އެވެ. އެންޑްރޫ ޖެކްސަންގެ ދުވަސްވަރު އޭނާގެ ޕާޓީއަށް އިޚްލާޞްތެރި ބޭފުޅުންނަށް ވަޒީފާތައް ދީފައިވާ ކަމަށް ބުނެވެއެވެ. އެހެންކަމުން އެންޑްރޫ ޖެކްސަން ގެ ދުވަސްވަރު ސްޕޮއިލް ނިޒާމް ގާއިމުކުރެއްވިކަމަށް ބެލެވެއެވެ. 

އެންޑްރޫ ޖެކްސަން ގެ ރިޔާސަތުގައި އެމެރިކާގެ ދެވަނަ ގައުމީ ބޭންކް ހެއްދެވުމާ އިދިކޮޅު ހެއްދެވިއެވެ. ދެވަނަ ގައުމީ ބޭންކެއް އުފެއްދުމަށް ފުރަތަމަ ހުށަހަޅުއްވާފައިވަނީ އެމެރިކާގެ 4 ވަނަ ރައީސް ޖޭމްސް މެޑިސަން ގެ ދުވަސްވަރު 1816 ވަނަ އަހަރު އެވެ. ގައުމީ ދެވަނަ ބޭންކެއް ހެއްދެވުމަށް ވީޓޯ ކުރައްވަމުން އެންޑްރޫ ޖެކްސަން ލިޔުއްވި މެސެޖްގައި އެކަމާ އިދިކޮޅު ހައްދަވާ ސަބަބުތައް އަންނަނިވި ގޮތަށް ބަޔާން ކުރައްވާފައި ވެއެވެ. 

 

 

 




#Article 418: މާޓިން ވެން ބިޔުރެން (394 words)


މިއީ އެމެރިކާގެ 8 ވަނަ ރައީސެވެ. މާޓިން ވެން ބިއުރެން ( އުފަންވެފައިވަނީ 5 ޖުލައި 1782، އަވަހާރަވެފައިވަނީ 24 ޖުލައި 1862 ) އަކީ އެމެރިކާގެ 8 ވަނަ ރައީސެވެ. މާޓިން ވެން ބިއުރެން އަކީ އެމެރިކާގެ ރައީސްކަން 1837 ން ފެށިގެން 1841 އަށް ކޮށްފައިވާ ބޭފުޅެކެވެ. ރައީސް ކަމަށް އަރާވަޑައިގަތުމުގެ ކުރިން 1833ން 1837 އަށް އެމެރިކާގެ ނައިބު ރައީސްކަން ވެސް މާޓިން ވެން ބިއުރެން ވަނީ ކުރައްވާފައެވެ. އެމެރިކާގެ 10 ވަނަ ސެކެޓްރީ އޮފް ސްޓޭޓް އެއް ގެ ގޮތުގައި އެންޑްރޫ ޖެކްސަން ގެ ރައީސްކަމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. މާޓިން ވެން ބިއުރެން އަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓިގެ އިސް ބޭފުޅެކެވެ. އަދި އެއީ އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި އުފަންވެ، އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ ކަމުގައި ވެސް ބުނެވެއެވެ. އެއީ އިގިރޭސި ދަރިކޮޅުނޫން ދަރިކޮޅަކުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ވެސް މެއެވެ. ފުރަތަމަ ބަހެއްގެ ގޮތުގައި އިގިރޭސި ބަހުން ވާހަކަ ނުދައްކަވާ ފުރަތަމަ ރައީސް އަކީ ވެސް މާޓިން ވެން ބިއުރެން އެވެ. އޭނާ ބޮޑުވަމުން އައިއިރު ވާހަކަ ދައްކަމުން ދިޔައީ ޖަރުމަނު ބަހުންނެވެ. 

އެންޑްރޫ ޖެކްސަން ގެ ރައީސް ކަމުގައި ސެކެޓްރީ އޮފް ސްޓޭޓް ހައިސިއްޔަތުންނާއި، ނާއިބު ރައީސްގެ ހައިސިއްޔަތުން ޑިމޮކްރަސީ ގެނައުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޚާޢްޞަކޮށް ޖެކްސަނިއަން ޑިމޮކްރަސީ ތަޢާރަފް ކުރެއްވުމުގައި އެންޑްރޫ ޖެކްސަން އާއެކު މުހިއްމު ރޯލެއް މާޓިން ވެން ބިއުރެން އަދާކުރައްވާފައި ވެއެވެ. ތޯމަސް ޖެފަރސަން ފިޔަވައި ތިން ތާޖު ގެ ލަގަބު ޙާޞިލް ކުރެއްވި ހަމައެކަނި ރައީސް އަކީ ވެސް މާޓިން ވެން ބިއުރެން އެވެ. މިބުނި ތިން ތާޖުގެ ލަގަބު ނިސްބަތްވަނީ އަދާކުރެއްވި 3 މަގާމަށެވެ. އެއީ ސެކެޓްރީ އޮފް ސްޓޭޓްކަން، ނައިބު ރައީސްކަން، އަދި ރައީސްކަން މި ތިން މަގާމަށެވެ. 

މާޓިން ވެން ބިޔުރެން އުފަންވެ ވަޑައިގަތީ ނިއުޔޯކްގެ ކިންޑަރހޫކް ވިލެޖް އަށެވެ. އެއީ ނިއުޔޯކްގެ ދެކުނުން 25 މޭލުގެ ދުރުމިނުގައި އޮންނަ އަވަށެކެވެ. މާޓިން ވެން ބިޔުރެން އަކީ އާއިލާގައި ހިމެނޭ 5 ކުދިންގެ ތެރެއިން 3 ވަނަ ކުއްޖާ އެވެ. ހަގީގީ އެމެރިކާ އަށް އުފަންވެ ވަޑައިގަތް ފުރަތަމަ ރައީސް އަކީ މާޓިން ވެން ބިޔުރެން އެވެ. ސަބަބަކީ އޭގެ ކުރީ ގެ ރައީސުން އުފަންވެފައިވަނީ އެމެރިކާގެ އިންގިލާބުގެ ކުރިން ކަމަށްވާތީ އެވެ. އެމެރިކާގެ އިންގިލާބަކީ އެމެރިކާ އަށް މިނިވަންކަން ގެނައުމަށް ގެނެވުނު އިންގިލާބެވެ. މާޓިން ވެން ބިޔުރެން ގެ ބައްޕަ އަކީ އަބްރަހަމް ވެން ބިޔުރެން ( އުފަންވީ ފެބުރުއަރީ 17- 1737، ދުނިޔެދޫކުރީ އެޕްރީލް 8، 1817 ) އެވެ. މަންމަ އަކީ މާރިއާ ހޯއީސް ވެން އެލެން ( އުފަންވީ ފެބުރުއަރީ 27، 1743، ދުނިޔެދޫކުރީ ފެބުރުއަރީ 16، 1817 ) އެވެ. 

މާޓިން ވެން ބިޔުރެން ތައުލީމް ޙާޞިލްކުރީ ކިންޑަރ ހޫކް ޕަބްލިކް ސުކޫލް ތަކުންނާއި، ކިންޑަރހޫކް އެކަޑަމީ އިންނެވެ. 1796 ގައި ގާނޫނީ ދާއިރާއިން ތައުލީމް އުގެނެން ފެށިއެވެ. އަދި 1802 ގައި ފުރަތަމަ ޑިގްރީ ނިންމި އެވެ. އޭގެ ފަހުން 1803 ގައި ބާރ ގައި އެޑްމިޓްވެ، 25 އަހަރު ދުވަސް ވަންދެން ގާނޫނީ ދާއިރާގައި ހަރަކާތްތެރި ވެލައްވާފައި ވެއެވެ. 21 ފެބުރުއަރީ 1807 ގައި މަންމަ ފަރާތު ދެބެންދެދަރި މީހެއްކަމުގައި ހަންނާ ހޯއީސް އާއި މާޓިން ވެން ބިޔުރެން ގެ ކައިވެނި ކުރެވުނެވެ. 1819 ގައި ހަންނާ ހޯއީސް މިދުނިޔެ ދޫކުރިއެވެ. މާނައަކީ އެމެރިކާގެ ރައީސް ކަމަށް މާޓިން ވެން ބިޔުރެން އަރާ ވަޑައިގަތުމުގެ ކުރިން ހަންނާ ހޯއީސް ނިޔާވިއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ފަސްޓް ލޭޑީގެ ލަގަބް އޭނާ އަށް ލިބިވަޑައިގެންފައި ނުވެއެވެ. 

އުމުރުން 17 އހަރުން ފެށިގެން މާޓިން ވެން ބިޔުރެން އަންނަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވެލަމުންނެވެ.

 

 

 

 




#Article 419: ޖޯން ފިޓްޒެގެރަލްޑް ކެނެޑީ (204 words)


މެއި 19، 1917 - ނޮވެމްބަރު 22، 1963. މިއީ އެމެރިކާގެ 35 ވަނަ ރައީސެވެ. މީނާ، އެހެން ނަމަކުންކިޔާނަމަ ޖޭއެފްކޭ
އެމެރިކާގެ ރައީސް ކަން ކުރީ 2 އަހަރެވެ. ރައީސް ކަމަށް 2 އަހަރަށް ވީ ތަނާ ހެން 1963 ވަނަ އަހަރުގެ ނޮވެމްބަރ 22 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެމެރިކާގެ މީހެއްގެ އަތުން ދިން ބަޑީގެ ހަމަލާ އެއްގައި މަރުވި އެވެ. އޭރު އޭނާގެ އުމުރުން 46 އަހަރުއެވެ. 
މި ފަހު ޒަމާނުގެ ގަރުނު ތެރޭގައި އެމެރިކާ އާއި ރޫސީ ވިލާތާއި ދޭތެރޭ އޮތް 'ފިނި ހަނގުރާމަ' (ދެވަނަ ހަނގުރާމަ އަށް ފަހު އޮތް ދާޚިލީ ނުތަނަވަސް ކަމުގެ) ތެރޭގައި އެމެރިކާ ގެ ރައީސް އަކަށް ހުރީ ކެނަޑީ އެވެ. ކިއުބާ އަދި ރޫސީ ވިލާތާއި އަދި އެމެރިކާ އިން އެ ދެ ގައުމާ ދޭތެރޭ އޮތް ހަމަނުޖެހުން އިތުރަށް ގޯސް ވިޔަ ނުދީ ގެންގުޅުން ވެގެން ދިޔައީ އޭނާގެ ރައީސް ކަމުގެ ތެރޭގައި އެންމެ ބޮޑު އިސް ކަމެއް ދިން ކަމަށެވެ. 

ޑިމޮކްރަޓިކް ޕާޓީ ތަމްސީލު ކޮށް ދިނުމުގެ ގޮތުން އެ ގައުމުގެ ސެނަޓުގެ އަދި ކޮންގްރެސްގެ މަގާމު ތައް އޭނާ އަދާ ކޮށްފައި ވެ އެވެ. 

އެމެރިކާ ބްރޫކްލިން، މެސަޗޫސެޓްސްގެ މަހުޖަނު އާއިލާ އަކަށް އުފަން ކެނެޑީ ތަޢުލީމު ހާސިލު ކުރީ ހާަވާޑު ޔުނިވަރސިޓީން ނެވެ. 1940 ވަނަ އަހަރު ކިޔެވުން ނިންމާ ލުމަށް ފަހު އެ ގައުމުގެ ކަނޑުގެ އަސްކަރީ ފައުޖު އާއި ގުޅި ނޭވަލް ރިޒާވް އޮފިސަރ އެއް ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރި ވި އެވެ. 

ދެވެން ބޮޑު ހަނގުރާމައިގެ ތެރޭގައި އޭޝިޔާ އަދި ޕެސިފިކް ކަނޑު ސަރަހައްދު ބެލެހެއްޓުމުގައި މިސައިލް ކަނޑު ސުޕީޑް ބޯޓް ތަކެއް ގެ ކޮމާންޑަރު ކަން ކެނެޑީ ކުރި އެވެ. އަދި މި ޙަރަކާތުގެ ސަބަބުން ނޭވީ އަދި މެރިން ކޯ ގެ ޝަރަފު ވެސް އޭނާ ހޯދި އެވެ. 




#Article 420: އެކުވެރި ދައުލަތްތައް (135 words)


އެކުވެރި ދައުލަތްތައް (އ.ދ) އަކީ ބައިނަލް އަޤްވާމީ ޖަމާޢަތެކެވެ. އދ. ގެ ފަރާތުން މަސައްކަތް ކުރާ މައިގަނޑު ކަންތައް ތަކުގެ ތެރޭގައި ބައިނަލް އަގްވާމީ ގާނޫނުތައް ދެމެހެއްޓުން، ބައިނަލް އަގުވާމީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުން، ގައުމުތަކުގެ އިގްތިޞާދީ ކުރިއެރުމަށް އެހީތެރިވުން، އިޖްތިމާއީ ކުރިއެރުމުގައި ބައިވެރިވުން، އަދި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. އދ. އުފެދުނީ 24 އޮކްޓޯބަރ 1945 ގައި އެމެރިކާގެ ކެލިފޯނިޔާގެ ރަށެއް ކަމުގައިވާ ސެންފްރެންސިސްކޯ ގައެވެ. އދ. އުފެދުމުން އޭގެ ކުރިން އޮތް ލީގް އޮފް ނޭޝަން އޭ ކިޔޭ ޖަމާޢަތް އުވާލެވުނެވެ. އދ. އުފެދުނީ ގައުމުތަކުގައި މެދުގައި ކުރެވޭ ހަގުރާމަތައް ހުއްޓުމަކަށް ގެނެސް، ސުލްހަ ގާއިމްކުރުމަށް އެހީތެރިވެ ދިނުމަށްޓަކައެވެ. އދ. މެންބަރު ގައުމުގެ ގޮތުގައި މިހާރު 192 ގައުމު އެބައޮތެވެ. އދ. މައި ހެޑްކްއާޓަރ ހުންނަނީ އެމެރިކާގެ ނިއުޔޯކް ސިޓީ ގައެވެ. 

އިދާރީ ހިންގުމުގެ ފަސޭހައަކަށް އދ. ގެ މައި އޮނިގަނޑު ވަނީ އަންނަނިވި ބައިތަކަށް ބަހާލެވިފައެވެ. 

އެކުވެރި ދައުލަތްތައް ނުވަތަ އދ. ގެ މިހާރު ސެކެޓްރީ ޖެނެރަލް އަކީ ދެކުނު ކޮރެޔާގެ ބަންކީ މޫން އެވެ. އދ.ން ވަނީ އެޖަމްއިއްޔާގެ ރަސްމީ ބަސްތަކުގެ ގޮތުގައި 6 ބަހެއް ކަނޑައަޅާފައެވެ. އެއީ ޢަރަބި، ސީނީ، އިނގިރޭސި، ފަރަންސޭސި، ރޫސީ، އަދި އިސްޕެނިޝް މި ހަބަހެވެ. 

 

 

 

 

 

 




#Article 421: ޖުލައި 1 (102 words)


ޖުލައި 1 އަކީ މީލާދީ ކަލަންޑަރުގެ 182 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 183 ވަނަ ދުވަހެވެ.
 
ޖުލައި އެވެ ވެސް އެ ޔ ޓީމު ޓީމަށް ކުޅުނު އޮތީ ވަނީ އެންމެ ކޮން ފަހުން އޭނާ ވަނީ މި އަހަރު މަހުގެ ފުރަތަމަ ދުވަހު އެންމެ ވެސް އެންމެ ވަނީ ވަރަށް އެ މި ދެ ދެ ވަނަ އަހަރު މީހުން ދިރިއުޅޭ ވަނީ ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ރަށެއްގައި ބޭސް ވެސް ފުލުހުން ބުނެއެވެ ވަނީ އެ އެ ވަރަށް ދެ ބޮޑަށް އޭނާގެ ގިނަ މައްޗަށް ހިތަށް އަރައެވެ އަރާ އެރި އުޅުނު އަންހެނަކު ބޭނުމެއް އޭނާގެ މައްޗަށް އަމިއްލަ މަންމަ އާއި އަށް ވަނަ ވުރެ ގިނަ މީހުން ދުވަސް ރުފިޔާ އާއި ގާތް ދެމެދުގެ އަދަދަކަށް ދެމެދުގެ ބާރުމިނުގައި އަދި އެހެން އަދި މި އެންމެ މި އެ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަށް




#Article 422: ލަޑިމިއަރ ޕޫޓިން (275 words)


ލަޑީމިއާރ ލަޑީމިރޮވިޗް ޕޫޓިން (ރޫސީބަހުން:Влади́мир Влади́мирович Пу́тин) އުފަންވީ 7 އޮކްޓޯބަރ 1952 ގައެވެ. ލަޑީމިއާރ ޕޫޓިން އަކީ ރޫސީ ސިޔާސީ ލީޑަރެކެވެ. ޔުނައިޓެޑް ރަޝާ ޕާޓިގެ ލީޑަރެވެ. އަދި 7 މޭއި 2012 އިން ފެށިގެން ރޫސީވިލާތުގެ ރައީސެވެ. ޕޫޓިން ކުރީގައިވެސް ރޫސީވިލާތުގެ ރައީސްކަން 1999 އިން 2008 އަށް ކުރައްވާފައިވެއެވެ. އަދި ރޫސީވިލާތުގެ ބޮޑުވަޒީރު ގެ މަޤާމް 1999 އިން 2000 އަށް އަދި 2008 އިން 2012 އަށް ފުރުއްވާފައިވެއެވެ.

ރޫސީވިލާތުގެ ބޮޑުވަޒީރަކަށް ޕޫޓިން ހުންނެވިއިރު އަސްކަރިއްޔާ އަށާއި ފުލުހުންގެ ދާއިރާ އަށް ޕޫޓިން ބޮޑެތި ބަދަލުތައް ގެންނެވިއެވެ. ޕޫޓިންގެ ހަކަތައިގެ ސިޔާސަތާ ގުޅިގެން ރޫސީވިލާތްވަނީ ހަކަތައިގެ ދުނިޔޭގެ ބޮޑު ބާރަކަށްވެފައެވެ. މީގެ އިތުރުން ޕޫޓިން ނިއުކްލިއާރ އަދި ދިފާޢީ ކަންކަމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ތާޢީދު ކުރެއެވެ. ބޭރުގެ ފަރާތްތަކުންގެ އިންވެސްޓްމެންޓްގެ ސަބަބުން ވަރަށްގިނަ ދާއިރާތަކަށް ކުރިއެރުން ލިބުނެވެ. ޕޫޓިން ގެ ވެރިކަމުގައި ހިންގި މަޝްރޫޢު ތަކުގެ ތެރޭގައި ހޮޅި ބޭނުންކޮށްގެން މުދާ ދަތުރުކުރާ ނިޒާމް ތަޢާރަފް ކުރުމާއި ބޮޑެތި އިންފްރާސްޓްރަކްޗާރ މަޝްރޫޢުތައް ހިމެނެއެވެ. 

ރަޝާގައި ޕޫޓިން އަކީ ވަރަށް މަޤުބޫލު ވެރިއެކެވެ. ނަމަވެސް ޕޫޓިންގެ ބައެއް ޢަމަލުތަކަކީ ދިމިޤްރާޠީ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް ބުނެ ރައްޔިތުން އަޑުއުފުލާފައިވެއެވެ. ބައެއް ހުޅަނގުގެ މީހުންނާއި ޖަމާޢަތްތަކުން ވެސް ވަނީ ޕޫޓިން އަށް ފާޑުކިޔާފައެވެ. ބައެއް ބޭފުޅުން ޕޫޓިން އަކީ ޚުދުމުޚުތާރީ ވެރިއެއްކަމަށް ވެސް ސިފަކުރައްވާފައިވެއެވެ.

ލަޑިމިއަރ ޕޫޓިން އަކީ ކުޅިވަރަށް ވަރަށް ޝަޢުޤުވެރިކަން ހުންނަވާ ބޭފުޅެކެވެ. ހެވިކަމުގެ ކުޅިވަރު ކުޅުއްވާ ބޭފުޅެކެވެ. 2014 ގެ ފިނިމޫސުމުގެ އޮލީމްޕީކްސް، ރޫސީވިލާތުގެ ޝަހަރެއް ކަމުގައިވާ ސޯޝީ ގައި ބޭއްވުމަށް ޕޫޓިން އެހީތެރިވެދެއްވާފައިވެއެވެ.

ޕޫޓިން އުފަންވެ ވަޑައިގަތީ 7 އޮކްޓޯބަރ 1952 (ހިޖުރީގޮތުން 17 މުޙައްރަމް 1372)ވީ އަންގާރަ ދުވަހުއެވެ. އެއީ އޭރުގެސޯވިއެޓް އިއްތިހާދުގެ ލެނިންގްރެޑްގައެވެ. މިހާރުގެ ރޫސީވިލާތުގެ ސެއިންޓް ޕީޓާސްބާރގް ގައެވެ. ބައްޕާފުޅަކީ ލަޑިމިއާރ ސްޕިރިޑޮނޮވިޗް ޕޫޓިންއެވެ. މަންމާފުޅަކީ މާރިއާ އިވަނޯވާ ޕޫޓީނާއެވެ. މާރިއާ އިވަނޯވާ ޕޫޓީނާ މަސައްކަތް ކުރީ ކާރުޚާނާއެއްގައެވެ. ލަޑިމިއާރ ސްޕިރިޑޮނޮވިޗް ޕޫޓިން އަކީ ސޯވިއެޓް އިއްތިހާދުގެ ކަނޑުގެ އަސްކަރިއްޔާ ގައި މަސައްކަތް ކުރި މީހެކެވެ. ޕޫޓިން އަށްވުރެ އުމުރުން ދޮށީ ދެބޭފުޅުން މާރިއާ ޕޫޓީނާ އަށް ލިބުނެވެ. އެކަކު މަރުވީ އުފަންވީތާ މަސްތަކެއްވީ ފަހުންނެވެ. އަނެއް ބޭފުޅާ މަރުވީ ދެވަނަ ބޮޑު ހަނގުރާމައގެ ތެރޭގައެވެ. 

ޕޫޓިން ލެނިންގްރެޑް ސްޓޭޓް ޔުނިވާރސިޓީ ގެ ޤާނޫނާ ބެހޭ ގޮފިން 1975 ވަނަ އަހަރު ގްރެޖުއޭޓްވެ ވަޑައިގެންނެވިއެވެ. ޔުނިވަރުސިޓީ ގައި އުޅުއްވަމުން ސޯވިއެޓް އިއްތިހާދުގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ. އަދި އެ ޕާޓީ 1991 ވަނަ އަހަރުގެ ޑިސެމްބަރުގައި އުވެންދެން އެ ޕާޓީގެ ގެ މެމްބަރެއްގެ ގޮތުގައި ހުރިއެވެ.




#Article 423: ރޫސީވިލާތުގެ ޤައުމީ ސަލާމް (221 words)


މި މަޒުމޫނަކީ ރޫސީވިލާތުގެ ޤައުމީ ސަލާމް އާ ބެހޭ މަޒުމޫނެވެ.

Россия – священная наша держава,
Россия – любимая наша страна.
Могучая воля, великая слава –
Твоё достоянье на все времена!

Припев:
𝄆 Славься, Отечество наше свободное,
Братских народов союз вековой,
Предками данная мудрость народная!
Славься, страна! Мы гордимся тобой! 𝄇

От южных морей до полярного края
Раскинулись наши леса и поля.
Одна ты на свете! Одна ты такая –
Хранимая Богом родная земля!

Припев

Широкий простор для мечты и для жизни
Грядущие нам открывают года.
Нам силу даёт наша верность Отчизне.
Так было, так есть и так будет всегда!

Припев

O Russia – thou art our power so holy
O Russia – thou art our beloved country.
O' glory so vast, o' will so mighty,
Fo' thine are they fo' all eternity!

𝄆 O Land o' the Free, glorious shalt thou be
Age-old union o' folks brotherly,
Wisdom o' thy people are our legacy,
Shine bright, O Country! Glad are we fo' thee! 𝄇

From the southern seas to the polar lands,
Aspread are our forests and fields.
Unique thou art, the one and only on Earth –
O God-protected native land o' worth!

Spaces far and wide for dreams and for living
Have welcomed us by the aeons coming.
Fealty to Fatherland giveth us vigour.
'Twas ever thus and shall be forever!




#Article 424: މޮސްކޯ (202 words)


މޮސްކޯ އަކީރޫސީވިލާތުގެ ވެރިކަން ކުރާ ޝަހަރެވެ. އަދި ރޫސީވިލާތުގެގެ އެންމެ އާބާދީ ބޮޑު ޝަހަރަކީ ވެސް މޮސްކޯ އެވެ.ރޫސީވިލާތުގެ ސިޔާސީ، އިޤްތިސާދީ، ޘަގާފީ، ދީނީ، ތައުލީމީ، އަދި ދަތުރުފަތުރުގެ މައި މަރުކަޒަކީވެސް މޮސްކޯއެވެ. 2010 ގެ ބޯހިމެނުމުން ދައްކާ ގޮތުން މޮސްކޯގެ އާބާދީ އަކީ 11,503,501 އެވެ. މޮސްކޯ ވަނީ ރަޝިޔާގެ ޔޫރަޕާވީ ފަޅިގައި މޮސްކޯ ކޯރާއި އިންވެގެންނެވެ. މޮސްކޯއަކީ ތާރީހީ ގޮތުން ސޯވިއެޓް އިއްތިހާދު އާއި ރަޝިޔަން އެމްޕެރަ އަދި ޒާރޑޮމް އޮފް ރަޝިޔާ އަދި ގްރާންޑް ޑަޗީ ގެ ވެސް ވެރިރަށެވެ.

މިއަދު މޮސްކޯއަކީ ދުނިޔޭގެވެސް އިޤްތިޞާދީ މައި މަރުކަޒެކެވެ. ޢުލޫމީ އަދި ތައުލީމީ އެތައް މައި ސެންޓަރުތަކެއް ހުންނަ ރަށެކެވެ. މޮސްކޯ އަކީ ވަރަށް ތަރައްޤީ ސިޓީއެއްކަމުން މޮސްކޯގެ މަގުތައް ވަނީ ރަގަޅު ފެންވަރެއްގައި ހަދާ ފައެވެ. ޕާކުތަކާއި ބިލްޑިންގތަކާއި އާންމު ތަންތައް ސަރުކާރުން ހަރަދުކޮށްގެން ބަލަހައްޓައެވެ. މޮސްކޯއަކީ ދުނިޔޭގައި އެންމެ މަސްހޫރު އަދި އެންމެ ކާރޫބާރުބޮޑު ސަބްވޭ ރެއިލް ސިސްޓަމް އޮންނަ ރަށެކެވެ. މޮސްކޯ މެޓްރޯ ސިސްޓަމް މަސްހޫރުވެފައިވަނީ އެތަން ހެދުމުގައި ބޭނުންކޮށް ފައިވާ ކުރެހުމާއި އެތަން ހަދާފައިވާލެއް ފުރިހަމަކަމުންނާއި އަގު ހެޔޮކަމުންނެވެ. މޮސްކޯތެރޭގެ ދަތުރު ފަތުރަށް ގިނަމީހުން ބޭނުން ކުރަނީ މެޓްރޯ އެވެ. ޕްރައިވެޓްކާރާއި ޓެކްސީ އަދި ބަހުގެ ހިދުމަތް މޮސްކޯ ސިޓީގައި ލިބެއެވެ. މޮސްކޯގައި ދަތުރު ފަތުރު ކުރުމަށް ރެއިލްވޭ އާއި އިންޓަނޭޝަނަލް ހަތަރު އެއަރޕޯޓް ހަދާފައިވެއެވެ. މޮސްކޯ މީހުން ބޭނުންކުރާ ބަހަކީ ރަޝިޔާބަހެވެ. މޮސްކޯ މީހުންނަށް އިގިރޭސިބަހުން ކިޔަނީ މޮސްކޮވައިޓް އެވެ. ރަޝިޔާ ބަހުން ކިޔަނީ މުސްކޮވިޗް އެވެ.

މޮސްކޯގެ ގަޑިބަލަނީ ވެސްޓަން ރަޝިޔާގެ ގަޑިއަށެވެ. އެއީ ޔޫޓީސީ ގަޑިގެ 3 ގަޑި އިރު ކުރިއަށެވެ. އަދި ވިންޓަރގައި އެގަޑި ރެފަރ ކުރުމުގައި މޮސްކޯ ސްޓޭންޑަޑް ޓައިމް އަކީ ވެސް ޔޫޓީސީ ޕްލަސް 3 ކަމަށް ބަލައެވެ. ސަމަރ މޫސުމުގައި މޮސްކޯ ސްޓޭންޑަޑް ޓައިމް އަށް އެއްގަޑިއރު އިތުރު ކުރެއެވެ. އެއީ ޔޫޓީސީ ޕްލަސް ފޯ އެވެ.

 




#Article 425: ޕްރިތްވީ ރާޖު ކަޕޫރު (327 words)


ކަޕޫރު ޢާއިލާ އިން އެންމެ ފުރަތަމަ ފިލްމީ ހަރުފަތް ގިރާކުރި ހަގީގީ ބަތަލަކީ ޕްރިތްވީ ރާޖު ކަޕޫރު ކަމުގައި ބުނެވެއެވެ. އަދި ކަޕޫރު ޚާންދާންގެ ބާނީ އަކީ ވެސް ޕްރިތްވީ ރާޖު ކަޕޫރު ކަމުގައި ބުނެވެއެވެ. އުފަންވެފައިވަނީ ޕާކިސްތާނުގެ ޕަންޖާބުގެ ލިލަޕޫރުގެ ސަމަންދުރު އޭ ކިޔުނު އަވަށަކަށް 1906 ގައެވެ. ޅަދުވަހު ޕްރިތްވީ ރާޖު ކަޕޫރު ބަލަހައްޓައި ތަރުބިއްޔަތުކުރީ ކާފަ ދޭވަން ކެޝަވްމަލް އެވެ. ލިލަޕޫރު އިން ސާނަވީ ތަޢުލީމް ޙާޞިލް ކުރުމަށްފަހު ޕިޝާވަރުގެ އެޑްވަޑް ކޮލެޖްގައި ވެސް އުޅުނެވެ. ގާނޫނު ކިޔެވުމުގައި ކޮލެޖްގައި އެއް އަހަރު ހޭދަކުރުމަށްފަހު އެކްޓުކުރުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކޮލެޖުން ވަކިވި އެވެ. ބޮޑު ދައިތައެއްގެ އަތުން ލޯނެއް ހޯދައިގެން 1928 ވަނަ އަހަރުގެ ފިނި މޫސުމްގައި ޕިޝާވަރު ދޫކޮށް ބޮމްބޭ އަށް ދިޔައެވެ. 1929ގައި އާއިލާ އެއްކޮށް ބޮމްބޭ އަށް ބަދަލު ވިއެވެ. 

ބޮމްބޭގައި އިމްޕީރަލް ފިލްމް ކަމްޕަނީ ކިޔާ ކުންފުންޏަކާއި ގުޅުނެވެ. ޕްރިތްވީ ރާޖު ކަޕޫރު ފުރަތަމަ ފެނިގެން ދިޔައީ 1930ގައި ނިކުތް ސިނަމާ ގާރލް އިންނެވެ. އެއަށްފަހު 1931ގައި ނިކުތް އާލަމް އާރާ ކިޔާ ފިލްމަކުންނެވެ. ދެން ޕްރިތްވީ ރާޖު ކަޕޫރު ގުޅުނީ ގްރޭންޑް އެންޑަރސަން ތިއޭޓަރ ކަމްޕެނީ އާއެވެ. އެއަށްފަހު 1935 ވަނަ އަހަރު ރިލީޒްވި އިންގިލާބު ވެފައިވަނީ ބަތަލެއްގެ ގޮތުން ޕްރިތްވީ ރާޖު ކަޕޫރު ފެނިގެންދިޔަ ފުރަތަމަ ފިލްމް ކަމުގައެވެ. އިންގިލާބުގެ ކުރިން ސީތާ އަދި ރާޖް ރާނީ މީރާ ކިޔާ 2 ފިލްމުގައި ވެސް ހަރަކާތްތެރި ވެފައި ވެއެވެ. 1936 ގައި ނިކުތް މަންޒިލް، 1937ގައި ނިކުތް ޕްރެޒިޑެންޓް، 1939ގައި ނިކުތް ސެޕޭރާ،އަދޫރީ ކަހާނީ، 1940 ގައި ނިކުތް އިންޑިޔާ ޓްޑޭ، ޕާގަލް، 1941ގައި ނިކުތް ކޯޓް ޑާންސަރ، ސިކަންދަރު، 1944ގައި ނިކުތް ޕޫލް، 1950 ގައި ނިކުތް ދަހެޖް، 1951 ގައި ނިކުތް އާވާރާ، 1957ގައި ނިކުތް ޕައިސާ،ޕަރުދޭސީ، 1964 ގައި ނިކުތް ރާޖު ކުމާރު، 1965 ގައި ނިކުތް އާސްމާން މަހަލް، ސިކަންދަރު އޭ އަޒަމް، ޖާންވަރު، އަދި 1968 ގައި ނިކުތް ތީން ބަހްރާނިޔާން ގައި ވެސް ޕްރިތްވީ ރާޖު ކަޕޫރު ހަރަކާތްތެރި ވެފައި ވެއެވެ. އެންމެ ފަހުން ޕްރިތްވީ ރާޖު ކަޕޫރު ކުޅެފައިވަނީ 1971 ވަނަ އަހަރު ރިލީޒްވި ކަލް އާޖް އައުރު ކަލް އެވެ. 40 އަހަރުވީ ފިލްމީ ޙަޔާތުގައި ޕްރިތްވީ ރާޖު ކަޕޫރު ވަނީ 30 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. 

އަހަރެންނަށް އިންޑިޔާގެ ފިލްމީ މަސްރަހުގައި ޖާގަ ނެތްނަމަ ހަތްކަނޑު ހުރަސްކޮށް ހޮލީވުޑަށް ގޮސް އެތަނުގައި ފިލްމު ތަކުގައި ހަރަކާތްތެރިވެ އެކްޓަރަކަށްވާނަން 1940އަދި 1950 ގެ އަހަރުތަކުގެ ތެރޭގައި ނެރެވުނު ޓޮޕް ސިނަމާ ކިޔާ މަޖައްލާ އަކަށް ދިން އިންޓަވިއުއެއްގައި ޕްރިތްވީ ރާޖު ކަޕޫރު ބުނެފައި ވެއެވެ. ޕްރިތްވީ ރާޖު ކަޕޫރު ކުޅެފައިވާ ބައިތަކުގެ ތެރެއިން 1960 ވަނަ އަހަރު ޣުލާމް އޭ އަޒަމް ގައި ކުޅެފައިވާ ބައްޕައެއްގެ ރޯލަށް ބެލުންތެރިންގެ ތަރުޙީބު ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ.  އިންޑިޔާގެ ފިލްމީ މައިދާނުގައި ކޮށްފައިވާ ޚިދުމަތްތައް އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުގެ ފަރާތުންދޭ ދާދާ ސާހެބް ޕަލްކޭ އެވޯޑް ޕްރިތްވީ ރާޖު ކަޕޫރު އަށް ދެވިފައި ވެއެވެ. 




#Article 426: ރާޖު ކަޕޫރު (567 words)


 
ރާޖު ކަޕޫރު މިނަމަކީ އިންޑިޔާގެ ފިލްމީ މަސްރަހުގައި ރަން އަކުރުން ފަވާލެވިފައިވާ ނަމެކެވެ. ޕްރިތްވީ ރާޖު ކަޕޫރު އާއި ރާމާ ކަޕޫރުގެ އެންމެ ދޮށީ ފިރިހެންދަރި ރާޖު ކަޕޫރުގެ ފުރިހަމަ ނަމަކީ ރަންބީރު ރާޖު ކަޕޫރު އެވެ. އުފަންވެ ފައިވަނީ 14 ޑިސެމްބަރު 1924 ގައި ޕާކިސްތާނުގެ ޕިޝާވަރު ގައެވެ. ތަޢުލީމީ މަރުޙަލާގެ ކުރީކޮޅު ކިޔަވާފައިވަނީ ވެސް ޕިޝާވަރު ގައެވެ. އެއަށްފަހު ކަލްކަތާ އަދި ބޮމްބޭގެ މަތީ ސާނަވީ މަދަރުސާ އަކުން ތަޢުލީމް ހާޞިލްކޮށްފައި ވެއެވެ. ސާނަވީ ތަޢުލީމުގެ ދުވަސްވަރު ވެސް ރާޖު ކަޕޫރު ގެ ޝައުގުވެރިކަން ހުރީ އެކްޓުކުރުމާއި ފިލްމު ކުޅުމަށެވެ. ނަތީޖާއެއްގެ ގޮތުން ސުކޫލުން ވަކިވެ ފިލްމީ އޮއިވަރުގައި ދައުރު ކުރަން ފެށިއެވެ. ސަރ އަހަރެން ކޮލެޖަކުން ދަސްވެ ނިވުމުން ވާނީ ކިހިނެއް؟ ގާނޫނީ ވަކީލަކަށް ވާން ބޭނުންނަމަ ލޯ ކޮލެޖަށް ދެވިދާނެ. ޑޮކްޓަރަކަށް ވާން ބޭނުންނަމަ މެޑިކަލް ކޮލެޖަށް ދެވިދާނެ. ފިލްމު އުފައްދަން ބޭނުން ނަމަ ދާނީ ކޮންތަނަކަށް؟ ސުކޫލުން ވަކިވި ސަބަބު އޮޅުން ފިލުވުމަށް ބައްޕަ ޕްރިތްވީ ރާޖު ކަޕޫރު ސުވާލު ކުރުމުން ރާޖު ކަޕޫރު ބުނެފައި ވެއެވެ. 

ފިލްމު ހެދުމުގެ މަސައްކަތުގައި އެހީތެރިއެއްގެ ގޮތަށް އުޅެމުން ބައެއް ފިލްމު ތަކުގައި ބައްޕައާއި އެކު ހަރަކާތްތެރި ވެފައި ވެއެވެ. ފުރަތަމަ ފެނިގެންދިޔައީ އުމުރުން 11 އަހަރުގައި 1951 ވަނަ އަހަރު ނިކުތް އިންގިލާބު އިންނެވެ. އެއަށްފަހު ކުދިކުދި ރޯލްތައް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ގޯރީ، ހަމާރޭ ބާތު، ދިލްކީ ރާނީ،ޖެއިލް ޔަތުރާ، ފަދަ ފިލްމްތައް ހިމެނެއެވެ. 1944 ގައި ބައްޕަ ޕްރިތްވީ ރާޖު ކަޕޫރު ހިންގާ ތިއޭޓަރުގެ ކަންތައްތަކުގައި އިސްވެ ހަރަކާތްތެރި ވާންފެށިއެވެ. އަދި ބައެއް ސްޓޭޖް ޑްރާމާ ތަކުގައި ބައިވެރި ވެފައި ވެއެވެ. އޭގެ ތެރޭގައި ޕަތަން، ޝަކުންތާލާ، ދީވާރު ފަދަ ސްޓޭޖް ޑްރާމާތައް ހިމެނެއެވެ. 

ރާޖު ކަޕޫރު އަކީ އެކްޓަރެކެވެ. ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އެޑިޓަރެކެވެ. މިއުޒިކީ ފަންނާނެކެވެ. ވާހަކަ ލިޔުން ތެރިއެކެވެ. ކުރުގޮތަކަށް ބުނާނަމަ މުނިފޫހި ފިލުވުމުގެ ގިނަ ހުނަރުތަކެއްގެ ވެރިއެކެވެ. ހިންދީ ފިލްމެއްގައި ފުރަތަމަ ފަހަރަށް ބަތަލާ އަކު ބާތިންގ ސުއިޓެއްގައި ފެނިގެންދިޔައީ ރާޖު ކަޕޫރު އުފައްދައި ޑައިރެކްޓްކޮށް އަދި އެކްޓްކޮށްފައިވާ ފިލްމް އާވާރާ ގައެވެ. 1951 ވަނަ އަހަރު ނިކުތް މިފިލްމުގައި ރާޖު ކަޕޫރު އާއެކު ހަރަކާތްތެރި ވެފައިވަނީ ނަރުގިސް އެވެ. 

ބޭރު ގައުމު ތަކެއްގައި ފުރަތަމަ ފަހަރަށް ދިގު މުއްދަތަކަށް ސިނަމާތަކުގައި އެޅުވި ހިންދީ ފިލްމަކީ ވެސް 1964 ރާޖު ކަޕޫރު އުފައްދައި ޑައިރެކްޓްކޮށް އަދި އެކްޓްކޮށްފައިވާ ފިލްމް ސަންގަމް އެވެ. ރާޖު ކަޕޫރުގެ ފިލްމަކުން ފިލްމީ އޮޅިގަނޑު ގިރާކުރި ތަރިންގެ ތެރޭގައި 1973 ގައި ނިކުތް ބޮބީ އިން ރިޝީ ކަޕޫރު، އަދި ޑިމްޕަލް ކަޕާޑިއާ، 1984 ގައި ނިކުތް އާސްމާން އިން ރާޖީވް ކަޕޫރު އަދި 1949 ގައި ނިކުތް ބަރުސާތު އިން ނިއްމީ، އަދި މަންދާކިނީ، ޒީނަތު އަމަން ފަދަ ތަރިން ހިމެނެއެވެ. 

ބަތަލެއްގެ ގޮތުން ތަޢާރަފްވެފައިވަނީ 1947 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ކޭދަރު ޝަރުމާގެ ނީލް ކަމަލް އިންނެވެ. ހަމަ އެއަރުގެ ތެރޭގައި އާރް ކޭ ފިލްމްސް ނަމުގައި ފިލްމް ކުންފުންޏެއް ގާއިމްކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ 1948 ގައި ނިކުމެފައިވާ އާގް އެވެ. ޢުމުރުން 23 އަހަރުގައި ޑައިރެކްޓްކޮށް ކުޅުނު މިފިލްމްގައި ރާޖު ކަޕޫރުއާއެކު ހަރަކާތްތެރި ވެފައިވަނީ ނަރުގިސް އެވެ. އާގް އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމީޔާބެއް ނުލިބުނު ނަމަވެސް 1949 ވަނަ އަހަރު ނިކުތް ބަރުސާތު ވެގެންދިޔައީ ބެލުންތެރިންގެ ތާއީދު ފުރިހަމައަށް ލިބުނު ފިލްމަކަށެވެ.

ރާޖު ކަޕޫރު އުފައްދައިފައިވާ ފިލްމްތަކާއި، އަދި ބަތަލެއްގެ ބައި ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން 1949ގައި ރިލީޒްވި ބަރުސާތު، 1950ގައި ރިލީޒްވި، ސަރުގަމް، 1951ގައި ރިލީޒްވި އާވާރާ، 1955 ވަނަ އަހަރު ރިލީޒްވި ޝްރީ420، 1958ގައި ރިލީޒްވި ޕަރުވާރިސް، 1959ގައި ރިލީޒްވި އަނާޅީ، ދޯއުސްތާދު، 1963 ގައި ރިލީޒްވި ދިލްހީ ތޯހޭ، ދިލް އޭކް މަންދިރު، 1964 ގައި ރިލީޒްވި ސަންގަމް، 1973ގައި ރިލީޒްވި ބޮބީ، އަދި 1985 ގައި ރިލީޒްވި ރާމް ތެރީ ގަންގާ މޭލް ފަދަ ފިލްމް ތަކަކީ ފާހަގަކޮށްލެވޭ ފަދަ ބައެއް ފިލްމް ތަކެވެ. 

މިފިލްމުތަކުގެ އިތުރުން އާވާރާ އަދި ސަންގަމް ފަދަ ފިލްމްތައް ވަނީ ޢަރަބި ދުނިޔެ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެދުވަސްވަރު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ސަންގަމް އަކީ ރާޖު ކަޕޫރު ކުޅުނު ފުރަތަމަ ކުލަ ފިލްމެވެ. 1959 ގައި ރިލީޒްވި އަނާޅީގައި ކުޅެފައިވާ ބައިން ފިލްމް ފެއަރ އެވޯޑްގެ ބެސްޓް އެކްޓަރުގެ މަގާމް ލިބިފައިވެއެވެ. 1960ގައި ރިލީޒްވި ޖިސްދޭސްމޭ ގަންގާ ރެހެތީހޭ ގައި ކުޅެފައިވާ ރޯލުން ވެސް ފިލްމް ފެއަރ އެވޯޑް ބެސްޓް އެކްޓަރކަން ލިބިފައިވެއެވެ. 1964 ގައި ރިލީޒްވި ސަންގަމް އިން ބެސްޓް ޑައިރެކްޓަރގެ މަގާމް ފިލްމް ފެއަރ އެވޯޑްގައި ލިބުނު އިރު 1971 ގައި ރިލީޒްވި މޭރާ ނާމް ޖޯކަރު އިން ވެސް ފިލްމް ފެއަރ އެވޯޑް ބެސްޓް ޑައިރެކްޓަރު ކަން ލިބިފައިވެއެވެ. 

 
ރާޖު ކަޕޫރު އުމުރުން 22 އަހަރުގައި ކްރިޝްނާ ކަޕޫރު އާއި ކައިވެނި ކޮށްފައިވަނީ 1946 ވަނަ އަހަރު އެވެ. އެދެމީހުންނަށް 5 ކުދިން ލިބިފައިވެއެވެ. އެއީ ރަންދީރު ކަޕޫރުރީޓޫ ކަޕޫރު،ރިޝީ ކަޕޫރު،ރީމާ ކަޕޫރު، އަދި ރާޖީވް ކަޕޫރު އެވެ. 1950ގެ އަހަރު ތަކުގައި ފިލްމީ ބަތަލާ ނަރުގިސް އާއި ދެމެދު ޒަމާންވީ ދިގުމުއްދަތަކަށް ގާތްގުޅުމެއް އުފެދިގެން ދިޔަކަމަށް އަޑުތައް ފެތުރިގެން ދިޔައެވެ. ރާޖު ކަޕޫރު ދުނިޔެ ދޫކޮށްފައިވަނީ އުމުރުން 60 އަހަރުގައި 2 ޖޫން 1988 ގައި ގުރުދާ ފޭލްވުމުގެ ސަބަބުންނެވެ.




#Article 427: ބަބީތާ ޝިވްދަސާނީ (165 words)


ބަބީތާގެ ބައްޕަ ހެރީ ޝިވްދަސާނީ އަކީ އެކްޓަރެކެވެ. ބަބީތާގެ ބޮޑު ދައިތަ ސާދަނާ އަކީ ފަސްދޮޅަހުގެ އަހަރުތަކުގައި ވިދާލި އެކްޓްރެސް އެކެވެ. ސުކޫލް ދައުރު ނިންމުމަށްފަހު ބައްޕަގެ އެހީގައި ފިލްމީ ދާއިރާއާއި ގުޅުނެވެ. ފުރަތަމަ ފެނިގެންދިޔައީ ސަންޖޭ ޚާން އާއެކު 1966 ވަނަ އަހަރު ކުޅެފައިވާ ދަސްލާކް ކިޔާ ފިލްމަކުންނެވެ. އެއަށްފަހު 1967 ގައި ކުޅުނު ރާޒް ވެފައިވަނީ ބެލުންތެރިންގެ ތަރުހީބު ބަބީތާއަށް ވަރަށް ބޮޑަށް ލިބިގެންދިޔަ ފިލްމަކަށެވެ. 

ބަބީތާ އުފަންވެފައިވަނީ 20 އޭޕްރީލް 1948 ގައެވެ. މިއަދު އިންޑިޔާގެ ފިލްމީ މަޝްރަހުގައި ކާމިޔާބު ހޯދާފައިވާ ދެބަތަލާ ކަރިޝްމާ އަދި ކަރީނާގެ މަންމަ ބަބީތާ ފިލްމީ މައިދާނުގައި ހޭދަކުރި 8 އަހަރު ދުވަހުގެ ތެރޭގައި 20 އަށްވުރެ ގިނަ ފިލްމުތަކުގައި ތަފާތު ބައިތައް އަދާކޮށްފައި ވެއެވެ. ބަބީތާ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1967ގައި ރިލީޒްވި ފަރުޒު، 1968ގައި ރިލީޒްވި އައުލާދު، 1969ގައި ރިލީޒްވި ތުމްސޭ އައްޗާ ކޯންހޭ، ހަސީނާ މާންޖޭގީ، ކިސްމަތު، އަންޖާނާ، 1970ގައި ރިލީޒްވި ޕެހްޗާން، ކަލް އާޖް އައުރު ކަލް، އަދި 1972ގައި ރިލީޒްވި ޖީތު ފަދަ ފިލްމުތައް ހިމެނެއެވެ. ބަބީތާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ 1974 ގައި ރިލީޒްވި ސޯނޭކީ ހާތު އެވެ. 

ސުކޫލް ދައުރުއްސުރެ ރަހުމަތްތެރިކަން އޮތް ރަންދީރު ކަޕޫރާއި ބަބީތާގެ ކައިވެންޏަށްފަހު ފިލްމު ކުޅުން ވަނީ ހުއްޓާލާފައެވެ.އެދެމީހުންގެ ކައިވެނި ކުރެވުނީ 6 ނޮވެމްބަރު 1971 ގައެވެ. ކަރިޝްމާ އަދި ކަރީނާ ވެސް ލިބުނު ފަހުން ބަބީތާއާއި ރަންދީރުގެ ކައިވެނީގޮށް ވަނީ މޮހެވިފައެވެ. މިއަދު ބަބީތާ ދިރިއުޅެނީ ކަރީނާ އަދި ކަރިޝްމާ އާއެކު ބޮމްބޭ ސިޓީގައެވެ.




#Article 428: ކަރިޝްމާ ކަޕޫރު (179 words)


ކަރިޝްމާ ކަޕޫރު އުފަންވެފައިވަނީ 25 ޖޫން 1974 ގައެވެ. ކަރިޝްމާ އަކީ ކަޕޫރު އާއިލާ އިން ފިލްމީ މަޝްރަހަށް ނިކުތް ފުރަތަމަ ބަތަލާ އެވެ. ތައުލީމް ޙާޞިލްކޮށްފައިވަނީ ބޮމްބޭގެ ކެތަޑްރަލް އެންޑް ޖޯން ކެނަން ހައިސުކޫލުންނެވެ. ސޯފިޔާ ކޮލެޖުގައި އުޅެމުން އެތަން ނުނިންމައި ފިލްމީ މަސްރަހާ ކަރިޝްމާ ގުޅުނެވެ. ކަރީނާ އަކީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ރަންދީރު ކަޕޫރާއި ބަބީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ.
 

ފުރަތަމަ ފިލްމެއްގައި ކަރިޝްމާ ފެނިފައިވަނީ 1990 ވަނަ އަހަރު ނިކުތް ޑަންގާ ފަސާދު ގައެވެ. ނަމަވެސް ފިލްމީ މަޝްރަހަށް ކަރިޝްމާ ތަޢާރަފްވެގެންދިޔައީ 1991 ވަނަ އަހަރު ނިކުތް ޕްރޭމް ގައިދީ އިންނެވެ. އެއަށްފަހު 1992ގައި ދީވާރު، މުގާބަލާ، ސަޕްނޭ ސާޖަންކީ، ޕޮލިސް އޮފިސަރ، 1993 ގައި އަނާޅީ، އާތިޝް، ސަންގްރާމް، ޝަކްތީމާން، 1994ގައި އަންދާޒް އަޕްނާ އަޕްނާ، ޔޭދިއްލަގީ، ސުހާގު އަދި ގޯޕީ ކިޝަން ކުޅެފައި ވެއެވެ. 

އެދުވަސްވަރު ކުޅުނު އެހެން ފިލްމުތަކުގެ ތެރޭގައި 1995ގައި ރިލީޒްވި ދަންވާން، ޖިގަރު، މައިދާން އޭޖަންގް، 1996ގައި ރިލީޒްވި އަޖޭ، ގީތު، ރަކްޝަކް، ސަޕޫތު، އަދި 1997ގައި ރިލީޒްވި މުރުތިޔުދާތާ، ޖުޅްވާ ފަދަ ފިލްމްތައް ހިމެނެއެވެ. 

ކަރިޝްމާގެ ފިލްމީ ޙަޔާތުގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދައިދިނީ 1996 ވަނަ ރިލީޒްވި ރާޖާ ހިންދުސްތާނީ އެވެ. އެއަށްފަހު 1997 ގައި ނިކުތް ދިލްތޯ ޕާގަލްހޭ، 1999ގައި ނިކުތް ބީވީ ނަންބަރު1، ހަމްސާތުސާތުހޭ، ޖާންވަރު، 2000ގައި ނިކުތް ފިޒާ، ޒުބޭދާ، އާޝިގް، ޝިކާރީ، 2001 ގައި ނިކުތް ހާ މެއިނޭ ބީ ޕިޔާރު ކިޔާހޭ ، އޭކް ރިޝްތާ 2002ގައި ނިކުތް ރިޝްތޭ، ޝަކްތީ ދިޕަވަރ އަދި 2006 ގައި ނިކުތް މޭރޭ ޖީވަން ސާތީ ފަދަ ފިލްމުތައް ހިމެނެއެވެ. 




#Article 429: ކަރީނާ ކަޕޫރު (155 words)


ކަރީނާ ތަޢުލީމު ޙާޞިލް ކުރީ ބޮމްބޭގެ ވެލްހަމް ބޯޑިންގ ސުކޫލުންނާއި، ޑެހްރަޑަމް މިތުބާއީ ކޮލެޖުންނާއި އަދި އެމެރިކާގެ ހާވަރޑް ޔުނިވަސިޓީގެ ބޮސްޓަން ކޮލެޖުންނެވެ.ކަރީނާ ކަޕޫރަކީ ބަބީތާ ޝިވްދަސާނީ އާއި ރަންދީރު ކަޕޫރު ގެ ދެވަނަ ދަރިފުޅެވެ. އަދި ކަރިޝްމާ ކަޕޫރު ގެ ކޮއްކޮ އެވެ.

ހިންދީ ފިލްމީ އޮޅިގަނޑު ގިރާކުރީ 2000 ވަނަ ނިކުތް ޑައިރެކްޓަރ ޖޭޕީ ދައްތާގެ ރެފިއުޖީ ކިޔާ ފިލްމަކުން އަބީޝެކް ބައްޗަން އާއެކުގައެވެ. ރެފިއުޖީގެ ކުރިން ކަރީނާ އަށް ކަހޯނާ ޕިޔާރުހޭ ކުޅުނުމުގެ ފުރުޞަތު ލިބުނެވެ. ނަމަވެސް ފަހުން އެފުރުޞަތު ގެއްލިގެން ދިޔައެވެ. 

ކަރީނާ ކަޕޫރު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 2001 ވަނަ އަހަރު ނިކުތް ކަބީ ޚުޝީ ކަބީ ޣަމް، ޔާދޭން، އަޝޯކާ، 2002 ވަނަ އަހަރު ނިކުތް މުޖުސޭ ދޯސްތީ ކަރޯގޭ، ޖީނާ ސިރުފު މޭރޭލިޔޭ، 2003 ވަނަ އަހަރު ނިކުތް މޭޕްރޭމްކީ ދީވާނީ ހޫން، 2004 ވަނައަހަރު ނިކުތް ޗަމޭލީ، ބޭވަފާ، 2005 ވަނަ އަހަރު ނިކުތް އޭތްރާޒް، ހަލްޗަލް، އަދި 2006 ވަނަ އަހަރު ނިކުތް ކިޔޫންކީ އަދި ޑޮން ފަދަ ފިލްމްތައް ހިމެނެއެވެ. 

 
ކަރީނާ މިހާރު ރައްޓަހިވެގެން އުޅެނީ ފިލްމީ ބަތަލް ސައިފް ޢަލީ ޚާން އާއެވެ. ކުރީން ރައްޓެހިވެގެން އުޅުނީ ޝާހިދު ކަޕޫރު އާއެވެ. ނޫސް ލިޔާ ފަރާތްތަކުން ކަރީނާ އާ ވަރަށް ގިނަ މީޙުންނާއި ގުޅުވައިގެން ނޫސްތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް މިހުރިހާ ކަމަކަށް ކަރީނާ ވަނީ ދެކޮޅު ހަދާފައެވެ.




#Article 430: ރިޝީ ކަޕޫރު (234 words)


ރާޖު ކަޕޫރުގެ ދަރިންގެ ތެރެއިން ދެވަނައަށް ފިލްމު ތަކުން ފެންނަށް ފެށީ ރިޝީ ކަޕޫރު އެވެ. ފުރަތަމަ ފެނިގެން ދިޔައީ 1970 ވަނަ އަހަރު ނިކުތް ރާޖު ކަޕޫރުގެ ފިލްމް މޭރޭ ނާމް ޖޯކަރު އިންނެވެ. ޢުމުރުން 18 އަހަރުގައި މިފިލްމްގައި އަދާކޮށްފައިވާ ރޯލުން ނޭޝަނަލް އެވޯޑް ރިޝީ އަށް ލިބިފައި ވެއެވެ. ބަތަލެއްގެ ގޮތުން ފުރަތަމަ ފެނިފައިވަނީ 1973 ވަނަ އަހަރު ނިކުތް ރާޖު ކަޕޫރުގެ ފިލްމް ބޮބީ އިންނެވެ. ޑިމްޕަލް ކަޕާޑިއާ އަދި ރިޝީ ކަޕޫރު ހިންދީ ފިލްމީ މަސްރަހަށް ތަޢާރަފްވެގެން ދިޔަ މިފިލްމަށްފަހު ރިޝީ ކަޕޫރު ވަނީ ރީތި އެތައް ފިލްމެއްގައި ހަރަކާތްތެރި ވެފައެވެ. ބޮބީ ގައި އަދާކޮށްފައިވާ ބަޔަށް ފިލްމް ފެއަރ އެވޯޑް ބެސްޓް އެކްޓަރުކަން ރިޝީ ކަޕޫރަށް ލިބިފައި ވެއެވެ.
 

ރިޝީ ކަޕޫރުގެ މުލައްދަނޑީގައި ހިފައިގެން ހުރެ ފިލްމީ އުދަރެހަށް ވަނީ ތަފާތު އެތައް ބަތަލާއިންނެއް ވަދެފައެވެ. އޭގެ ތެރޭގައި 1976ގައި ނިކުތް ކަބީކަބީ އިން ނަސީމް، 1977ގައި ނިކުތް ހަމްކިސީސޭ ކަމްނެހީ އިން ކާޖަލް ކިރަން، 1978ގައި ނިކުތް ބާރޫދު އިން ޝޯމާ އާނަންދު، ހަމަ އެއަހަރު ނިކުތް ނަޔާ ދައުރު އިން ބަވަން ބަޓް، 1979ގައި ނިކުތް ސަރުގަމް އިން ޖަޔާ ޕްރަދާ، 1988 ގައި ނިކުތް ވިޖޭ އިން ސޯނަމް، އަދި 1992 ގައި ނިކުތް ދީވާނާ އިން ދިވްޔާ ބާރްތީ ހިމެނެއެވެ. 

ރިޝީގެ ދިގު ފިލްމީ ޙަޔާތުގައި 100 އަށްވުރެ ގިނަ ފިލްމްގައި ހަރަކާތްތެރި ވެފައި ވެއެވެ. ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ރަފޫ ޗައްކަރު، ކޭލްކޭލްމޭ، އަމަރު އަކްބަރު އެންތޮނީ، ކަރްޒު، ނާގިން، ސާގަރު، ޕްރޭމް ރޯގް، ކޫލީ،ތަވާއިފް، ޗާންދަނީ، ހެނާ،ބޯލް ރާދާ ބޯލް، އަންމޯލް، ދީވާނާ، ދަރާރް، ޔާރާނާ، ސާހިބާން، ގަރްކީ އިއްޒަތު، ދާމިނީ، ލައިލާ މަޖުނޫން، ކަސަކް، ހަމްތުމް، ޔޭހޭ ޖަލްވާ އަދި މިނޫނަސް ތަފާތު އެތައް ފިލްމްތަކެއް ހިމެނެއެވެ. 

ރިޝީ ކަޕޫރު އަދި ފިލްމީ ބަތަލާ ނީޓޫ ސިންގ ގެ ކައިވެނިން ދެކުދިން ލިބިފައި ވެއެވެ. އެއީ ރަންބީރު ކަޕޫރު އަދި ރިދިމާ ކަޕޫރު އެވެ. ރަންބީރު ކަޕޫރު މިހާރު ދަނީ ފިލްމީ ބަތަލް އަނިލް ކަޕޫރުގެ ދަރިފުޅު ސޮނާމް ކަޕޫރު އާއެކު ސާވަރިޔާ ކިޔާ ފިލްމަކުން ފިލްމީ މަސްރަހަށް ނިކުތުމަށް ތައްޔާރު ވަމުންނެވެ. 




#Article 431: ރަންބީރު ކަޕޫރު (142 words)


ރަންބީރު ކަޕޫރަކީ ރިޝީ ކަޕޫރު އާއި ނީޓޫ ސިންގ ގެ ފިރިހެން ދަރިފުޅެވެ. ރަންބީރު ކަޕޫރު ގެ ފުރަތަމަ ފިލްމް މިއަހަރުގެ ތެރޭގައި ރިލީޒް ވާނޭ ކަމަށް ބެލެވެއެވެ. ރަންބީރު ކަޕޫރު ހިންދީ ފިލްމީ އޮޅިގަނޑު ގިރާކުރުމަށް ނިންމާފައިވާ ފިލްމް ޑައިރެކްޓަރ ސަންޖޭލީލާ ބާންސަލީގެ ސާވަރިޔާ ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

ރަންބީރު ކަޕޫރު އަކީ ކަޕޫރު ޚާންދާން ފިލްމީ އޮޅިގަނޑު ގިރާކުރާ އެންމެ ހަގު ފަރާތެވެ. އަދި މުސްތަގުބްލްގައި ކަޕޫރު ޚާންދާންގެ ނަން ހިންދީ ފިލްމީ މަސްރަހުގައި ދިރުވާނެ ފަރާތަކަށް ރަންބީރު ކަޕޫރު ވާނޭކަމަށް ތަފާތު ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ރަންބީރު ކަޕޫރު އާއެކު މިބުނި ފިލްމް ސާވަރިޔާގައި ހަރަކާތްތެރިވާނީ ހިންދީ ފިލްމީ ބަތަލު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ސޮނާމް ކަޕޫރު އެވެ. ދާދި ފަހުން ބޭއްވުނު ޒީ ސިނަމާ އެވޯޑްގައި މިދެމީހުން އެކުގައި ސާވަރިޔާ އިން ފެނިގެންދާނެ ކަމަށް ރިޝީ ކަޕޫރު ވެސް ވަނީ ބެލުންތެރިންނަށް ޔަގީންކޮށް ދީފައެވެ. 

ރަންބީރު ކަޕޫރު ވަނީ މީގެ ކުރިން ޑައިރެކްޓަރ ސަންޖޭލީލާ އަށް ތަފާތު ފިލްމްތައް ހެދުމުގައި އެހީތެރި ވެދީފައެވެ. އެގޮތުން ދޭވްދާސް އަދި ބްލެކް ހެދުމުގައި ރަންބީރު ކަޕޫރު ވަނީ ބައިވެރި ވެފައެވެ. ރަންބީރު ކަޕޫރުގެ ފުރަތަމަ ފިލްމް ނުނިކުންނަނީސް މިހާރު ވެސް ދެފިލްމެއް ކުޅުމުގެ ފުރުޞަތު ލިބިފައި ވެއެވެ. އެއީ ކަލާޝް އަދި ދޫމް3 އެވެ.




#Article 432: ޝައްމީ ކަޕޫރު (297 words)


ޝަމްޝީރު ރާޖު ކަޕޫރު ނުވަތަ ޝައްމީ ކަޕޫރު (އުފަންވެފައިވަނީ އޮކްޓޫބަރު 21 1931) ގައި އިންޑިޔާގެ ބޮމްބޭގައެވެ. ޝައްމީ ކަޕޫރު އަކީ ޕްރިތްވީ ރާޖު ކަޕޫރު އާއި ރާމާ ކަޕޫރު ގެ ދެވަނަ ދަރިފުޅެވެ. މިއީ މަޝްހޫރު ހިންދީ ފިލްމީ ތަރިއެކެވެ. ޝައްމީ ކަޕޫރުގެ މަޝްހޫރު ފިލްމްތައް ނިކުމެފައިވަނީ 1950 އަދި 1960 ގެ އަހަރު ތަކުގެ ތެރޭގައެވެ. 

ކިޔަވަމުންދިޔަ ރުއިއާ ކޮލެޖުން ވަކިވެ ބައްޕަގެ ސިނަމާ ތިއޭޓަރުގައި ޖޫނިއަރ ފަންނާނެއްގެ ގޮތުން ހަރަކާތްތެރިވާން ފެށީ 1948 ގައެވެ. އެއަށްފަހު 1952 އާއި ހަމައަށް އެތިއޭޓަރުގެ ތަފާތު އުފެއްދުން ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. ޝައްމީ ކަޕޫރުގެ ބަތަލެއްގެ ހައިސިއްޔަތުން ފުރަތަމަ ފެނިފައިވާ ފިލްމަކީ 1953 ގައި ނިކުތް ޑައިރެކްޓަރު މަހޭޝް ކައުލްގެ ޖީވަން ޖިޔޯތީ އެވެ. ޢުމުރުން 20 އަހަރުގައި ކުޅުނު މިފިލްމްގައި ޝައްމީ ކަޕޫރު އާއި އެކު ހަރަކާތްތެރި ވެފައިވަނީ ޗާންދު އުސްމާނީ އެވެ. 1952ން 1957 އާއި ހަމައަށް ޝައްމީ ކަޕޫރު ކުޅުނު 17 ފިލްމް ވެސް ވަނީ އިންޑިޔާގެ ބޮކްސް އޮފީހުގައި ފްލޮޕް ވެފައެވެ. 

ޝައްމީ ކަޕޫރު ކުޅެފައިވާ ފާހަގަ ކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި އަންދާޒު،ޒަމީރު، ޕަރުވަރިޝް، ޕްރޭމް ރޯގް، ދިލްދެކޭ ދޭކޯ، ސިންގަޕޯރ، ތުމްސޭ އައްޗާ ކޯންހޭ، ތުމްސާ ނޭހީ ދޭކާ، ރާޖުކުމާރު، އަދި ޖާންވަރު ފަދަ ފިލްމްތައް ހިމެނެއެވެ. 

ޝައްމީ ކަޕޫރު ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ ސަންޖީވް ކުމާރު އަދި ޒީނަތު އަމަން ލީޑްރޯލް އަދާކޮށްފައިވާ ފިލްމް މަނޯރަންޖަން އެވެ. 1982 ވަނަ އަހަރު ފިލްމް ފެއަރ އެވޯޑްގައި ބެސްޓް ސަޕޯޓިންގ އެކްޓަރު ގެ މަގާމް ވިދާތާ ގައި ކުޅެފައިވާ ބައިން ޝައްމީ ކަޕޫރު އަށް ލިބިފައި ވެއެވެ. 1995 ވަނަ އަހަރު ފިލްމް ފެއަރ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އަދި 1998 ވަނަ ޒީސިނަމާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ޝައްމީ ކަޕޫރު އަށް ލިބިފައި ވެއެވެ. މިއަދު ޝައްމީ ކަޕޫރު އަކީ އިންޓަރނެޓް ޔޫޒާ ކްލަބް އޮފް އިންޑިޔާގެ ޗެއަރޕާސަން އެވެ. 

ޝައްމީ ކަޕޫރު ވަނީ އަމިއްލަ މަޖައްލާ އެއްވެސް ކުރު މުއްދަތަކަށް ނެރެފައެވެ. ޖުމްލަ 6 އަދަދު ނިކުތް މިމަޖައްލާގެ ނަމަކީ ޝައްމީ ކަޕޫރު ޕްރެޒެންޓްސް މަނޯރަންޖަން އެވެ. ޗައްޓާން ކިޔާ ޓީވީ ސިލްސިލާ އެއް ވެސް ޝައްމީ ކަޕޫރު ހަދާފައި ވެއެވެ. 

ޝައްމީ ކަޕޫރު އާއި ފިލްމީ ބަތަލާ ގީތާ ބާލީ ގެ ކައިވެނި ކުރެވުނީ 1955 ވަނަ އަހަރު އެވެ. އެއީ އަދިތްޔާ ރާޖު އަދި ކަންޗަން ކަޕޫރު އެވެ. 21 ޖެނުއަރީ 1965 ގައި ގީތާ ބާލީ ދުނިޔެ ދޫކޮށް ދިއުމަށްފަހު ޝައްމީ ކަޕޫރު އާއި ނީލާ ދޭވީ ގެ ކައިވެނި ކުރެވުނީ 1969 ވަނަ އަހަރު އެވެ. 20 އޮކްޓޫބަރު 2006 ގައި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޝައްމީ ކަޕޫރު ބުނެފައިވަނީ ހަފްތާއަކު 3 ދުވަހު އޭނާ ޑައަލިސިސް ހަދާކަމުގައެވެ. 




#Total Article count: 431
#Total Word count: 199708